news
stringlengths
242
32.4k
Title
stringlengths
6
118
މާލެއިން އިތުރު ތިން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ، މިއަދު އެކަނި ބައްޔަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 50 އަށް އަރައިފިއެވެ. މިއީ ރާއްޖޭގައި ކޮމިޔުނިޓީ ސްޕްރެޑެއް ފެށުނު ފަހުން އެއް ދުވަސްތެރޭ އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވީ ދުވަހެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކުރި ގޮތުގައި، ފަހުން ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ޕާކިސްތާނު މީހަކާއިި ދެ ދިވެހީންނެވެ. އެމީހުން އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިއަދު ފަތިހު ވެސް 36 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭއިން ހާމަކުރިއެވެ. އަދި މެންދުރުފަހު 14 މީހަކު ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭއިން ވަނީ ހާމަކޮށްފަ އެވެ. ބޮޑު ޕީކެއް، އެއް ދުވަސްތެރޭ ބަލިޖެހިފައިވާ 36 މީހަކު އިތުރަށް ވިދާޅުވުމަށް އެއް ދުވަހެއްގައި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 50 އަށް އެރިއިރު، މާލެ ތެރެއަށް ކޮރޯނާވައިރަސް ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށް ބެލެވޭ ކަމަށާއި، އެހެންކަމުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ވީހާ އަވަހަކަށް ބަލި ހުރި މީހުން ދެނެގަތުމަށް ޓެސްޓު ހަދައި އެ މީހުން އެކަހެރިކުރަން ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އިއްޔެ ވަނީ ވިދާޅުވެފަ އެވެ. މިނިސްޓަރު އަމީން ވިދާޅުވީ، މާލޭގައި ބަލި ފެތުރިފައިވާ ބައެއް ސަރަހައްދުތައް މިހާރުވެސް ފާހަގަވެފައިވާ ކަމަށާއި މިހާރު ޓެސްޓު ކުރުމުގެ ކަންކަން އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސާވަޔަލަންސް ޓެސްޓްތަކެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. ކޮވިޑް ޖެހިފައިވާ އިތުރު 11 މީހަކު ފެނިއްޖެ އިތުރަށް ވިދާޅުވުމަށް މިއަދު ކޮވިޑް19 އަށް ޕޮޒިޓިވްވި 50 މީހުންނާއެކު، މިހާރު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 191 އަށް އަރައިފަ އެވެ. ރާއްޖޭގެ ކޮވިޑް-19 ކޭސްތައް އިތުރުވަމުންދާއިރު، 98 މީހުންނާ އެކު ދަތުރު ކުރި "އަމާޒު" ބޯޓުގެ ކެޕްޓަން އިއްޔެ ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެހެންކަމުން އެ ބޯޓުން މި މަހުގެ 15 ވަނަ ދަތުރު ކުރި ދަތުރުކުރި މީހުން އެކަން އެޗްޕީއޭއަށް އަންގަން އެ އެޖެންސީއިން ވަނީ އެދިފަ އެވެ. މި ކޭސްއާ ގުޅިގެން 13 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.
ރެކޯޑު ދުވަހެއް، ކޮވިޑްގެ 50 ކޭސް
ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާ ޗިލްޑްރަންސް އޮމްބަޑްސްޕާސަންއަށް މުސާރައިގެ ގޮތުގައި 35،000 ރުފިޔާ ދިނުމަށް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކޮށްފި އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރ 20 ވަނަ ދުވަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލު ކުރަން ފަށާފައިވާއިރު އެ ގާނޫނު ބުނާ ގޮތުން މުސްތަގިއްލު މަގާމެއްގެ ގޮތުގައި ޗިލްޑްރަންސް އޮމްބަޑްސްޕާސަންއެއް އައްޔަނު ކުރަން ޖެހެއެވެ. އެ މަގާމަށް މީހަކު އައްޔަނު ކުރުމުގެ ކުރިން މަޖިލީހުން މުސާރައެއް ކަނޑައަޅަން ޖެހެއެވެ. އެހެން ކަމުން މިއަދު އޮތް މާލިއްޔަތު ކޮމެޓީގައި ވަނީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންއަށް މުސާރައިގެ ގޮތުގައި 35،000 ރުފިޔާ އަދި 10،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ފާސްކޮށްފަ އެވެ. އެ ގޮތަށް ހުށަހެޅުއްވީ ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އެވެ. ހުށަހެޅުން ފާސްކޮށްފައިވަނީ އަށް މެންބަރުންގެ ތާއީދާ އެކެއެވެ. ޗިލްޑްރަންސް އޮމްބަޑްސްޕާސަންއަށް މުސާރައެއް ކަނޑައެޅުމާއި މެދު މެންބަރުންގެ މެދުގައި ކޮންމެވެސް ވަރެއްގެ ހިޔާލު ތަފާތުވުންތަކެއް އުފެދުނުވެ. ސަބަބަކީ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން އިގްތިސޯދު ހުއްޓި ސަރުކާރުގެ ހަރަދު ކުޑަކުރަން ހިފާފައިވާ ދަނޑިވަޅެއްގައި އެފަދަ ކަމެއް ކުރަން ޖެހުމުން ބައެއް މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ، ޗިލްޑްރަންސް އޮމްބަޑްސްޕާސަންއެއް ހަމަނުޖެއްސެމަކުން ރައްޔިތުން ކަންބޮޑުވުން ނުވާ ކަމަށާއި، ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ރައްޔިތުންގެ މަސައްކަތްތައް ހުއްޓި އާމްދަނީ ދަށްވެފައި ވުން ކަމަށެވެ. ރައްޔިތުން ބޭނުންވަނީ އަވަހަށް ލޯނު ހަމަޖެހި ދިރިއުޅުން އާރާސްތްކުރެވޭނެ މަގެއް ފަހިވުން ކަމަށް ވެސް ގަފޫރު ވިދާޅުވި އެވެ. ކުރިން ފާސްކޮށްފައި އޮތް ގާނޫނުކަން ކުރަން ލާޒިމްކޮށްފައި އޮތް ކަމެއް ކުރަން ޖެހޭނެކަން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ފާހަގަކުރެއްވި އެވެ. އެހެން ނަމަވެސް މި ހާލަތުގައި ކަނޑައަޅަން ޖެހޭނީ އެންމެ ކުޑަ މުސާރައެއްކަންވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ، ޗިލްޑްރަންސް އޮމްބަޑްސްޕާސަންއަކީ މާ ބޮޑެތި މަސްއޫލިއްޔަތުތަކެއް އޮތް ފަރާތެއް ނޫން ކަމަށާއި މުސާރައެއް ކަނޑައަޅަން ޖެހޭނީ ރާއްޖޭގެ މާލީ ހާލަތާއި ތަނަވަސްކަމާއި އެއްވަރަށް ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
ޗިލްރަންސް އޮމްބަޑްސްމަނަށް 35،000 ގެ މުސާރައެއް ދޭން ފާސްކޮށްފި
ބާގާ އަކީ އަހަރެމެން އެންމެންވެސް ފާސްޓްފުޑް ރެސްޓޯރަންޓަކަށް ދެވިއްޖެނަމަ މާބޮޑު ވިސްނުމަކާނުލައި އެންމެ ފަސޭހައިން އޯޑަރު ދެވޭ އެއް ޑިޝްއެވެ. މިފަހަރުގެ ރޯދަމަހު ފާސްޓްފުޑް ރެސްޓޯރަންޓްތަކަށް ތަރާވީސްދަމަށް ބާގަރ އެއް ކާލަން ދެވޭނެގޮތެއް ނެތުމުން އެކަމާ ދެރަވެ ކަންބޮޑުވެފައި ތިބި ހުރިހާ ފަރާތްތަކަށް މިއަދުގެ ރެސިޕީ ހާއްސަކޮށްލާނަމެވެ. ޝެފްގޭމްސްޓްރޯންގް އިންސްޓަގްރާމް އެކައުންޓްގެ ފަހަތުގައި ހުރި އެލީޝާ އިސްމާއިލް (ނޮނާ) ސަން ބަދިގޭގައި ތައްޔާރުކޮށްލަދިން ބާގާ ބަނަހަކީ ހިޓެކެވެ. މިހާރު މިއޮތީ ބަނަހުގެ ރަހަ ހެޔޮވަރުކޮށްލަން ނޮނާ ކިޔުންތެރިންނަށް ދޫކޮށްލާ ހަދިޔާއެކެވެ. އަވަހަށް ސްލޮޕީ ޖޯސް ގެ ރެސިޕީ އެކްސްޕެރިމެންޓްކޮށްލަން ހިނގާށެވެ. ބޭނުންވާތަކެތި: 250 ގްރާމް މިންސްޑް ބީފް(ކޯން ބީފް ނުވަތަ މިންސްޑް ޗިކަން ވެސް ބޭނުންކުރެވިދާނެ) 1 ސައިސަމުސާ މަސްޓަރޑް 1 ސައިސަމުސާ ޓޮމާޓޯ ޕޭސްޓް 2 މޭޒުމަތީ ސަމުސާ ބްރައުން ޝުގަރ 2 މޭޒުމަތީ ސަމުސާ ވޮޝެޓްޝަޔަރ ސޯސް 2 މޭޒުމަތީ ސަމުސާ ޗިލީ ޕައުޑަރ 1 ސައިސަމުސާ ގާރލިކް ޕައުޑަރ 1 ސައިސަމުސާ އޮނިއަން ޕައުޑަރ 1/2 ދަޅު ހޯލް ޓޮމާޓޯ 1 މެދު ސައިޒުގެ ފިޔާ (ޑައިސްޑް) 1 ބެލްޕެޕަރ (ޑައިސްޑް) 6 ލޮނުމެދު (މިންސްޑް) ލޮނު (ރަހަލާވަރަށް) އަސޭމިރުސް (ރަހަލާވަރަށް) 1/4 ޖޯޑު ފެން 1 މޭޒުމަތީ ސަމުސާ ހޮޓް ސޯސް (ބޭނުންނަމަ) 1 ސައިސަމުސާ އެޕަލް ސިޑަރ ވިނެގަރ (ބޭނުންނަމަ) ޗީޒް ސްލައިސަސް (ބޭނުންނަމަ) ބަޓަރ (ބޭނުންނަމަ) ތައްޔާރުކުރާނެގޮތް: ފުރަތަމަ ތަވައެއްގައި ތެޔޮކޮޅެއް ހާކާލުމަށްފަހު ހޫނުވެލުމުން މިންސްޑް ގާރލިކްކޮޅު ފްރައިކޮށްލާނީއެވެ. ގާރލިކްކޮޅު ރަނގަޅަށް ފްރައިކޮށްލުމަށްފަހު މިންސްޑް ބީފް އެޅުމަށްފަހު އެއްކޮށްލަންވީއެވެ. ކޯން ބީފް ނުވަތަ މިންސްޑް ކުކުޅުވެސް އެންމެ ރަނގަޅުވާނެއެވެ. ގޭގަ ލިބެންހުރި ވައްތަރެއް ނޫނީ ކިޔުންތެރިންގެ އެންމެ މަޤްބޫލް ޗޮއިސްއެއް ބޭނުންކުރަންވީއެވެ. މިންސްޑް ބީފްކޮޅު ރަނގަޅަށް ކެރަމަލައިޒް ވަންދެން ކައްކާލަންވާނެއެވެ. ކެރަމަލައިޒް ވަމުންދާވަރަކަށް ބީފްކޮޅުގެ އެތެރޭގައި ހުރި ދިޔަތައް ބޭރުވާނެއެވެ. ތަވާގައި ދިޔަތައް ގިނަވިޔަނުދީ ހުސްކުރަމުން ގެންދާށެވެ. ރަނގަޅަށް ކެރަމަލައިޒްވުމުން ބީފްކޮޅު ހުންނާނީ މުށި(ބްރައުން)ކުލައަރާފައެވެ. ކުރިން ކޮށާފައިހުރި ބެލްޕެޕަރ އަދި ފިޔާ އެއްކޮށްލުމަށްފަހު ރަނގަޅަށް ސޯޓޭ ކޮށްލާށެވެ. ދެން ރަހަލާވަރަށް ލޮނު އަދި އަސޭމިރުސްކޮޅެއް އަޅާލާށެވެ. އެއަށްފަހު ބްރައުން ޝުގަރ، އޮނިއަން އަދި ގާރލިކް ޕައުޑަރ އަދި ޗިލީ ޕައުޑަރވެސް އެޅުމަށްފަހު ރަނގަޅަށް ހުރިހާ އެއްޗެއް އެއްކޮށްލާށެވެ. ހުރިހާ ބާވަތްތަކެއް ރަނގަޅަށް އެއްކޮށްލެވުމުން މަސްޓަރޑް އަދި ޓޮމާޓޯ ޕޭސްޓް އަޅާލާށެވެ. އެއަށްފަހު ވޮޝެޓްޝަޔަރ ސޯސް ވެސް އެޅުމަށްފަހު އަނެއްކާވެސް ތަވާގައި ހުރި ބާވަތްތައް ރަނގަޅަށް އެއްކޮށްލަންވީއެވެ. ނޮނާ މިހާހިސާބުން ތައްޔާރުކުރެވިފައިހުރި މިކްސްއަށް އެއްކޮށްލަނީ ސައިސަމުސަލެއްގެ އެޕަލް ސިޑަރ ވިނެގަރކޮޅެކެވެ. ކިޔުންތެރިންވެސް "މޮއިސްޓް ޖޫސީ ޓެންޑަރ" މީޓް ސޯސްއެއް ބޭނުންނަމަ މިސްޓެޕް ފޮލޯކޮށްލަންވީއެވެ. ހަމަގައިމުވެސް ތަފާތެއް ފެންނާނެއެވެ. ދެން ބައި ދަޅު ހޯލް ޓޮމާޓޯ އެއްކޮށްލުމަށްފަހު ދޭފަތުން ރަނގަޅަށް ޓޮމާޓޯތައް ޗަސްކޮށްލުމަށްފަހު ހޮޓް ސޯސް އެޅުމަށްފަހު ރަނގަޅަށް މިކްސް އެއްކޮށްލާށެވެ. ނޮނާ މިރެސިޕީ ތައްޔާރުކުރުމަށް ބޭނުންކުރި ހޮޓް ސޯސް އަކީ އެންޒީގެ ގިތެޔޮމިރުސް ސޯސްއެވެ. ރަނގަޅަށް ތަވާގައި ހުރި ހުރިހާ ބާވަތެއް އަދިވެސް އެއްފަހަރު އެއްކޮށްލުމަށްފަހު 1/4 ޖޯޑު ފެންއަޅާލާށެވެ. އެއަށްފަހު 20 މިނިޓް ވަންދެން ތަވާގައި މަތިޖެހުމަށްފަހު މަޑުގިނީގައި ކައްކާލާށެވެ. ބޭނުންނަމަ މިސްޓެޕްގެ ކުރިން ލޮނު އަދި އަސޭމިރުހުގެ ރަހަ އަދި އެއްފަހަރު ހެޔޮކޮށްލާށެވެ. ބާގަރގެ މަސްގަނޑު ގާތްގަނޑަކަށް މިހާރު އެތައްޔާރުވީއެވެ. އަވަހަށް ބާގަރ ބަނަސްތައް ތައްޔާރުކޮށްލަށް ހިނގާށެވެ. ބަނަސް ދެފަޅިކޮށްލުމަށްފަހު އެއްފަޅީަގއި ބަޓަރ ހާކާލާށެވެ. އަނެއްފަޅީގައި ޗީޒް ފޮއްޗެއް ބާއްވާލާނީއެވެ. އަވަން 180 ޑިގްރީ ސެލްސިއަސް އަށް ހޫނުކޮށްލުމަށްފަހު 5 މިނިޓް ވަންދެން ބާގަރ ބަނަސްތައް ފިހެލާށެވެ. ނޫނީ ކިޔުންތެރިންނަށް ކަމުދާ މިންވަރަކަށް ޗީޒްތައް މެލްޓްވެލަންދެން ބަނަސްތައް ފިހެލިޔަސް މައްސަލައެއްނެތެވެ. ކުރިން ތައްޔާރުކޮށްލި މީޓް ސޯސްކޮޅު ބަނަހުގެ ޗީޒް އޮތް ފަޅިއަށް އަޅާލާށެވެ. ބަޓަރ ހާކާލި ފަޅި މީޓް ސޯސްކޮޅުގެ މަތީގައި ޖަހާލުމުން ތިތައްޔާރުކޮށްލެވުނީ މީރު މީރު ސްލޮޕީ ޖޯސް އެވެ. ކުޅުދިޔާވެއްޖެދޯއެވެ. އަވަހަށް މި ސަޅި ރެސިޕީ ތައްޔާރުކޮށް އަހަރެމެން އެންމެންނާ ފޮޓޯތައް ހިއްސާކޮށްލާށެވެ.
ބާގާ ބަނަހުގައި ހަދާލަން ސްލޮޕީ ޖޯސް!
ކޮވިޑް-19 ޖެހުނު ފުލުހުންނާ ކޮންޓެކްޓްވި ނުވަތަ އަލާމާތްތައް ފެނިގެން ކަރަންޓީނަށް ގެންދިޔަ ފުލުހުންގެ ތެރެއިން 391 ފުލުހެއްގެ ކަރަންޓީނުގެ 14 ދުވަހުގެ މުއްދަތު ހަމަކުރުމަށްފަހު އަލުން ހިދުމަތަށް ނިކުމެއްޖެ އެވެ. މިއަދު ރާއްޖެޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ކޮވިޑް-19 ހުރެދާނެ ކަމަށް ބެލެވިގެން ފުލުހުންގެ 684 ފަރާތެއް ކަރަންޓީނު ކުރި ކަމަށެވެ. އެގޮތުން ކަރަންޓީނަށް ގެންދިޔަ ފުލުހުންގެ ތެރެއިން 391 ފަރާތެއް އަލުން ހިދުމަތަށް ނިކުމެފައިވާއިރު ބާކީ 293 ފަރާތެއް އަދިވެސް ކަރަންޓީނުގައި ތިބި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ފަރާތްތަކުގެ ހާލުވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ. "މީގެ ތިން ދުވަސް ކުރީން އަޅުގަނޑު ވާނީ އެފަރާތްތަކުގެ ހާލު ބަލާފައި. އަދި އެކަމަށް ހާއްސަކޮށްފައިވާ ފުލުހުންގެ ޓާސްކްފޯސް އިން ކޮންމެ ދުވަހެއްގައި ފުލުހުންގެ ހާލު ބަލައި،" ކޮމިޝަނަރު ވިދާޅުވި އެވެ. ފުލުހުންގެ ތެރެއިން ވައިރަސް އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު އިތުރު ވެފައި ނުވާ ކަމަށާއި ކަރަންޓީނުގައި ހުރި އެއްވެސް ފުލުހަކު ވައިރަސް އަށް ޕޮޒިޓިވް ވެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ފުލުހުންގެ ތެރެއިން ވައިރަސް އަށް ޕޮޒިޓިވްވެފައިވަނީ 23 ފަރާތެކެވެ. އެ 23 ފުލުހަކު ވައިރަސް އަށް ޕޮޒިޓިވްވެފައިވާ ކަމަށް މުހައްމަދު ހަމީދު ހާމަކުރައްވާފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. ރާއްޖެއިން މިހާތަނަށް ވައިރަސް އަށް ޕޮޒިޓިވް 1،216 ކޭސް ވަނީ ފެނިފަ އެވެ. އަދި އެ ވައިރަސް ޖެހިގެން ހަތަރު މީހަކު މަރުވެފައިވާއިރު 104 މީހެއް ވަނީ ބަލިން ރަނގަޅުވެފަ އެވެ.
ކަރަންޓީނު މުއްދަތު ހަމަކޮށް 391 ފުލުހުން ހިދުމަތާ ގުޅިއްޖެ
ކޮރޯނާވައިރަސް، ކޮވިޑް-19 ޖެހިފައިވާ އިތުރު 11 މީހަކު މާލއިން ފެނިފައިވާ ކަމަށް އެޗްޕީއޭއިން ހާމަކޮށްފި އެވެ. އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނީ މިއަދު ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝްގެ ނުވަ މީހަކާއި، އިންޑިއާ މީހެއްގެ އިތުރުން ދިވެއްސެއް ކަމަށެވެ. އަދި އެމީހުން އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިއާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 188 އަށް އަރައިފައެވެ. މިއަދު ފަތިހު ވެސް 36 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭއިން ހާމަކުރިއެވެ. އެހެންކަމުންް މިއަދު އެކަނި 47 މީހަކު މިވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. މިއީ ރާއްޖޭގައި ކޮމިޔުނިޓީ ސްޕްރެޑެއް ފެށުނު ފަހުން އެއް ދުވަސްތެރޭ އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވީ ދުވަހެވެ. ރާއްޖޭގެ ކޮވިޑް-19 ކޭސްތައް އިތުރުވަމުންދާއިރު، 98 މީހުންނާ އެކު ދަތުރު ކުރި "އަމާޒު" ބޯޓުގެ ކެޕްޓަން އިއްޔެ ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެހެންކަމުން އެ ބޯޓުން މި މަހުގެ 15 ވަނަ ދަތުރު ކުރި ދަތުރުކުރި މީހުން އެކަން އެޗްޕީއޭއަށް އަންގަން އެ އެޖެންސީއިން ވަނީ އެދިފަ އެވެ. މި ކޭސްއާ ގުޅިގެން 13 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.
ކޮވިޑް ޖެހިފައިވާ އިތުރު 11 މީހަކު ފެނިއްޖެ
ކޮރޯނާވައިރަސް، ކޮވިޑް19 ނެތްކަން ޔަގީން ކުރުމަށް ހުޅުމާލޭ ޖަލުގެ ގައިދީންނާއި އޮފިސަރުންގެ ސާމްޕަލް ނަގާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނެފި އެވެ. ޖަލުތަކަށް މި ވައިރަހުގެ އަސަރުކޮށްފައިވާ މިންވަރު ދެނެގަތުމައްޓަކައި، މީގެ ކުރިން މާފުށީ ޖަލުގައާއި އައްސޭރި ޖަލު އަދި މާލެ ޖަލުގައި ވެސް ވަނީ ސާމްޕަލް ނަގާފަ އެވެ. އެންއީއޯސީ އާއި މޯލްޑްވިސް ކަރެކްޝަނަލް ސަރވިސް ގުޅިގެން މިއަދު ކުރިއަށްގެންދިޔަ މި ހަރަކާތުގައި ޖުމްލަ 30 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ، ގަދީންގެ ތެރެއިން 15 މީހާކާއި ޑިޓެއިނީސްގެ ގޮތުގައި ތިބި ފަސް ބިދޭސީންނާއި 10 އޮފިސަރުންނާއި މުވައްޒަފުންނެވެ. ކަރެކްޝަންސް އިން ބުނީ، ސާމްޕަލް ނެގުމުގައި ބަލާފައިވަނީ ވަކި ޔުނިޓް ތަކުގެ ތެރެއިން ހޮވާލެވޭ ގައިދީންނާއި ތަފާތު އެކި ދާއިރާތަކުގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުން ކަމަށެވެ. މީގެ ކުރިން ހުރިހާ ޖަލަކުން ނެގި ސާމްޕަލްތަކުގެ ނަތީޖާ ވެސް ވަނީ ނެގެޓިވްވެފަ އެވެ. މިހާތަނަށް ރާއްޖެއިން ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ، 1،216 މީހެކެވެ. އޭގެ ތެރެއިން 104 މީހަކު ރަނގަޅުވި އިރު، ހަތަރު މީހަކު ވަނީ މަރުވެފައެވެ. މިހާރު ރާއްޖޭގައި އެވްރޭޖްކޮށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވެފައިވާއިރު، ސަރުކާުރން މިހާރު ވަނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅަށް ދާނަމަ، މިމަހު 28 އަށް ހަމަވާ ފުރަބަންދަށް ލުއެއް ދިނުމަށެވެ.
ކޮވިޑް ނެތްކަން ޔަގީން ކުރަން ހުޅުމާލޭ ޖަލުން ވެސް ސާމްޕަލް ނަގައިފި
ފުލުހުންނަށް ޓޭޒާ ގަން (ކަރަންޓު ފިސްތޯލަ) ބޭނުންކުރަން ދިނުމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ގަބޫލުކުރެވޭ ކަމަށާއި އެކަމާ ގުޅޭގޮތުން ބަހުސް ކުރެވެން ޖެހޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ. ފުލުހުންނަށް ޓޭޒާ ގަން ދޭން އުޅޭ ކަމަށް މުހައްމަދު ހަމީދު އިއުލާންކުރެއްވުމާ އެކު، އާންމުންގެ ނުރުހުމާއި ފާޑުކިޔުން ވަނީ ފުލުހުންނަށް އަމާޒުވެފަ އެވެ. މިއަދު ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ކޮމިޝަނާ އޮފް ޕޮލިސް ހަމީދު ވިދާޅުވީ ކަރަންޓު ފިސްތޯލަ ނޫނަސް އެހެން ކަހަލަ އާލާތެއް ބޭނުން ކުރަން ފެށިޔަސް ފުލުހުން އެތަކެތި ބޭނުންކުރަނީ ރަނގަޅު ގޮތަށްތޯ ބެލުމަށް ރައްޔިތުންނަށް ސުވާލު ކުރުމުގެ ހައްގު އޮންނާނެ ކަމަށެވެ. އަދި ކޮމިޝަނަރުގެ ހައިސިއްޔަތުން ބަލައިގަންނަ ކަންބޮޑުވުންތަކެއް ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ. "އެތަކެތި ބޭނުންކުރާއިރު ސުވާލު ކުރާނެ އެތަކެތި ބޭނުންކުރަނީ ރަނގަޅަށްތޯ. އަދި އެ ބޭނުންކުރާ ފަރާތްތައް ގާނޫނީ ގޮތުން ޒިންމާދާރުކުރެވޭނެތޯ،" އޭނާ ވިދާޅުވި އެވެ. ހަމީދު ވިދާޅުވީ އަދި މިހާތަނަށް އެ ފިސްތޯލަ ބޭނުންކުރަން ފަށާފައިވަނީވެސް ޓްރައިލްކޮށް އެކަނި ކަމަށެވެ. އަދި އެކަމުގެ ޕޮލިސީ އާއި ޕްރޮސީޖާ އަދި ޓްރެއިނިންގެ މަސައްކަތް މިހާރު ހުރީ ރޭވިފައި ކަމަށް އޭނާ ވިދާޅުވި އެވެ. "އެއްވެސް ހާލަތެއްގައި ފުލުހުން މިތަކެތި ބޭނުންކުރަން ފެށީއެއް ނޫން. ފުލުހުން މަގުމަތީގައި އުޅޭއިރުވެސް މި ތަކެތި ހިފައިގެންނެއް ނޫން އުޅޭނީ،" އޭނާ ވިދާޅުވި އެވެ. އެ ފިސްތޯލަ ބޭނުން ކުރުމާ މެދު ގޮތެއް ނިންމާނީ ސަރުކާރުން ކަމަށާއި އޭގައި އާންމު ރައްޔިތުންގެ ހިޔާލުވެސް ހޯދާނެ ކަމަށް ހަމީދު ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ ފުލުހުންގެ މަސައްކަތުގައި ބޭނުންކުރާ އާލާތްތަކީ އެ މާހައުލަކާއި ހާލަތާ ކުށުގެ ވެއްޓަށް އަންނަ ބަދަލުތަކާ ގުޅިގެން ބަދަލުވާން ޖެހޭ ތަކެތި ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ކަރަންޓު ފިސްތޯލަ ބޭނުން ކުރުމާ ގުޅޭގޮތުން ބަހުސް ކުރެވެން ޖެހޭ: ސީޕީ
މިޔާހް ތެދުވެގެން ގޮސް އީމާގެ ދެއަތުގައި ހިފައިލިއެވެ. އޭނަ އީމާގެ މޫނަށް ބަލައިލީ ލޯބިން ފުރިގެންވީ ނަޒަރަކުންނެވެ. އެ ނަޒަރުގައި އެއްވެސް ދެއްކުންތެރި ކަމެއް ނުވެއެވެ. "އީމާ!... އަހަރެން ވެސް މިކުރަނީ ސުވާލެއް... އަހަންނާއި ކައިވެނި ކުރަން އެއްބަސްތަ؟..." މިޔާހް ސުވާލު ކުރިއެވެ. ******** އީމާއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އެ ހަށިގަނޑުގެ ވަރު ދޫވިއެވެ. ކަރުނައިގެ ތެރެއިން އޭނައަށް މިޔާހް ސިފަވީ، މިޝަލްގެ ގޮތުގައެވެ. މިޝަލް ވެސް ވަނީ ހަމަ އެފަދައިން އޭނަގެ ކައިވެންޏަށް އެދިފައެވެ. އޭނަގެ ހުރި ހުރިހާ އުނިކަމަކާއި އެކުވެސް އޭނަ ބަލައިގަންނަން ތައްޔާރަށް ހުރި ކަމަށް ބުނެފައެވެ. ހުރިހާ ހަނދާންތަކެއް އާވަމުން ދިޔަ ވަރަކަށް އީމާއަށް ގިސްލެވެން ފެށުނެވެ. އޭނަ ދެލޯ މަރާލިއެވެ. އެއާއިއެކު، މިޝަލްގެ ޖުމްލަތައް ތަކުރާރުވާހެން އޭނައަށް ހީވާން ފެށިއެވެ. މާޒީ އާއި އެކުވެގެން ގޮސްފައިވާ އެ ދުވަހަކީ، އޭނަގެ މުޅި ހަޔާތުގައި ވެސް އައި އެންމެ އުފާވެރި ދުވަހެވެ. އަދި އެންމެ ހިތާމަވެރި ދުވަސް ވެސް މެއެވެ. "ސޭ ޔެސް... ސޭ ޔެސް..." ހުރިހާ ޓޫރިސްޓުންތައް އެއްފަހަރާ ކިޔަން ފެށިއެވެ. އެ އަޑުތައް އިވުމުން އީމާގެ ބޮލަށް އުނދަގޫ ވިއެވެ. އޭނަ މިޔާހްގެ އަތް ފޮޅުވައިލިއެވެ. މިޔާހް އެއްޗެއް ބުނުމުގެ ކުރީން، އޭނަ ދުއްވައިގަނެފިއެވެ. ******** ޓެކްސީއަށް ފައިސާ ދައްކާފައި ނަހީރާ އެއިން ފޭބިއެވެ. ކުރިމަތީގައި ހުރި އިމާރާތަށް ބަލައިލާފައި އޭނަ ދޫކޮށްލީ ފުން ނޭވާ އެކެވެ. އޭނަ އެ ނަގާ ފިޔަވަޅަކީ، އެ ޙަޔާތަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ފިޔަވަޅެއް ކަން ގައިމެވެ. އެހެނަސް، މިއަދު އެ ނޫން ގޮތެއް އޭނައަކަށް ނެތެވެ. ނަހީރާ އުޅުނީ އެތެރެއަށް ވަންނާށެވެ. އޭނަ ނަގަނަގައި ހުރި ފިޔަވަޅު ހުއްޓުނީ، ކޮންމެވެސް މީހަކު އޭނަގެ އަތުގައި ހިފައި ދަމައިގަތުމުންނެވެ. ކައިރީގައި ހުރި ޝުކޫރު ފެނުމާއިއެކު ނަހީރާގެ މޫނުމަތިން ފެނުނީ ރުޅިވެރި ކަމެވެ. ދެބުމަ ގޮށްޖެހިއްޖެއެވެ. ޝުކޫރުގެ އަތް ފޮޅުވައިލާފައި، އޭނަ އަނެއްކާވެސް އެތެރެއަށް ވަންނަން އުޅުނެވެ. އޭގެ ކުރިން ޝުކޫރު އަވަހަށް ނަހީރާގެ އަތުގައި ހިފަހައްޓައިފިއެވެ. "އަތުން ދޫކޮށްލާ..." ނަހީރާ އަމުރު ކުރިއެވެ. "ނުކުރާނަން ދުލެއް... ބަލަ ނަހީރާ ތިއުޅެނީ، މޮޔަވެގެންތަ؟... އެއީ ނަހީރާގެ ވެސް ދަރިއެކޭ..." ޝުކޫރު ހަޅޭއްލަވައިގަތެވެ. "އަހަރެން ބުނެފިންތަ އެއީ އަހަރެންގެ ދަރިއެއް ނޫނޭ..." ރުޅި އައިސްގެން ގޮސް، ނަހީރާގެ ދެލޯ ފެންކަޅި ވިއެވެ. ޝުކޫރުގެ އަތް ފޮޅުވައިލާފައި ނަހީރާ އޭނަގެ މޫނުގައި އަތް އެޅިއެވެ. މައްޗަށް މޫނު އުފުލާލައިގެން އެގޮތުގައި އޭނަ އިރުކޮޅަކު ހުއްޓެވެ. އިވެމުންދިޔަ މަޑު ގިސްލުމުގެ ތެރެއިން، ނަހީރާގެ ޝަކުވާތަކުގެ އަޑު އިވެމުން ދިޔައެވެ. އެ އަޑު އިވުނީ، ހަމައެކަނި އޭނަގެ އަމިއްލަ ނަފުސަށެވެ. "ނަހީރާ!... ހިނގާ... އަހަރެން ގެއަށް ގެންގޮސްދޭނަން..." ޝުކޫރު ވާހަކަ ދެއްކީ، އޯގާތެރި ރާގަކަށެވެ. ******** މިޝަލްގެ ޚަބަރެއް ނުވެގެން ޒެންހާ ހުރީ، ހާސްވެފައެވެ. އިރުއިރުކޮޅައި ކޮޓަރިން ނުކުމެ ބޭރު ބަލައިލައެވެ. ކޮޅަށް ހުރެހުރެ، ދެފައިގެ ބާރު ދޫވުމުން، އޭނަ ގޮސް އެނދުގައި އިށީނދެލިއެވެ. އެގޮތުގައި އޭނަ އިންނަތާ މާ ގިނަ އިރެއްނުވެ، މިޝަލް އައިސް ކޮޓަރީގެ ދޮރު ހުޅުވާލައިފިއެވެ. ޒެންހާއަށް އިންތަނުން ތެދުވެވުނީ، މިޝަލް ހުރިގޮތް ފެނުމުންނެވެ. އެ ހަށިގަނޑުގައި އެއްވެސް ވަރެއް ނެތް ކަހަލައެވެ. ބޮލުގެ އިސްތަށިގަނޑު ވަނީ ހޭވިފައެވެ. ދެލޮލުގައި ވީ، މަޑު ރަތް ކަމެވެ. މޫނުމަތި ވަނީ މިލައިގެން ގޮސްފައެވެ. ޒެންހާ ފެނުމުން، މިޝަލް އިސްޖަހައިލިއެވެ. އޭނަ އައިސް، ޒެންހާގެ ކައިރީގައި އިށީނެވެ. ދެން ކުއްލިއަކަށް އެނދުގައި އޮށޯވެލައިފިއެވެ. މިޝަލްގެ ސިކުނޑި ވަނީ ސުމަކަށް ގޮސްފައެވެ. އޭނަ އައީ ނަޒުރާނާއަށް ފޯނު ނަންބަރު ދިން މައްސަލައިގައި އޭނަގެ އެންމެ ގާތް އެކުވެރިޔާ ސާމީ އާއި ޒުވާބު ކޮށްފައެވެ. ސާމީގެ ވާހަކަތަކުން، އޭނައަށް އެނގުނީ، ނަޒުރާނާ އުޅެނީ ވަރަށް ބަލިކޮށް ކަމެވެ. ގިނަ ދުވަސްދުވަހު ހާލު ދެރަވެގެން ހަސްފަތާލުގައި ފަރުވާ ދޭން ޖެހޭ ކަމާއި، އަބަދު ކަމަކީ ރޮއެ ހިތާމަ ކުރުން ކަމެވެ. އެ ކަރުނަތައް ފެނި ސާމީގެ ހިތަށް ވެސް ކެތް ނުވީއެވެ. ވީއިރު، އެ ޚަބަރު އިވުމުން ދަރިއެއްގެ ހިތަށް ކެތްވާނީ، ކިހިނަކުން ހެއްޔެވެ؟ "މިޝަލް!... ތިގޮތަށް ގޮތް ދޫނުކޮށް ހުއްޓާ، ވަގުތު ފާއިތުވެދާނެ... ދެން ދުވަހަކު ވެސް މަންމަ ނުފެނިދާނެ... އިންސާނުންނަށް ކުށް ވެސް ކުރެވޭނެ... އަބަދު ތިގޮތަށް ސަޒާ ދިނުން ރަނގަޅެއް ނޫން... ދަރިއަކު އުފަން ކުރުމަކީ، ހާދަ ބޮޑު ގުރުބާނީ އެކޭ... އެ މައިމީހާ ތަހަންމަލް ކުރި ވޭނަށްޓަކައި ވިޔަސް، މަޢާފު ކޮށްދީ... އެނބުރި އާދޭ... އެ މަންމަ ދެކެލާފަ ދޭ..." ސާމީގެ އެ ޖުމްލަތައް މިޝަލްގެ ކަންފަތް ކައިރީގައި ގުގުމަމުން ދިޔައެވެ. އެ ޖުމްލަތައް އޭނަގެ ހިތަށް އުނދަގޫ ކުރަނީއެވެ. އޭނައަށް ކުރެވެމުން ދިޔައީ، ކުށްވެރި ވެފައިވާ ކަމުގެ އިހުސާސެވެ. މިޝަލްއަށް ނިތްކުރި މަތީގައި އަތް ބާއްވައިލެވުނީ، ބޮލުގައި ގަދަޔަށް ރިއްސަން ފެށުމުންނެވެ. އޭނަގެ ސިކުނޑި ހީވަނީ، ފަޅައިގެން ދާން އުޅޭ ހެންނެވެ. ނިތްކުރިމަތީން ދާ ހިއްލާލާފައި ވިއެވެ. ދެލޯ މަރައި ބާރުކޮށްގެން އޮތްއިރު، ލޮލުގެ ހިމަކޮޅުން ކަރުނަތައް ފައިބަމުން ދިޔައެވެ. ޒެންހާ ހާސްވިއެވެ. މިޝަލް ހީވަނީ ގަދަ ވޭނެއް ތަހަންމަލް ކުރަމުން ދިޔަ ހެންނެވެ. ދެފަރާތަށް ބޯ ހޫރަމުން ދިޔަގޮތުން، އޭނައަށް މިޝަލްގެ ކައިރީގައި އިށީނދެވުނު ގޮތް ވެސް ނޭނގުނެވެ. އޭނަ އެ މޫނަށް ބަލައިލީ، ގޮތް ހުސްވެފައިވާ ހާލުގައެވެ. މިޝަލްއަށް އެވަރުގެ ބަދަލެއް އެ އައީ، ދެންމެ އައި ފޯނުކޯލެއްގެ ސަބަބުން ކަން އޭނައަށް އެނގުނެވެ. އެކަމަކު، އެހާ ވަރަށް ހިތުގައިޖެހޭ ވަރުގެ އެއްޗެއް ބުނަން، މިޝަލްއަށް ގުޅީ ކާކު ހެއްޔެވެ؟ އެކަމާއި ގުޅިގެން ސުވާލެއް ކޮށްލަން ނުކެރުނު ތަނުގައި އެ ހަށިގަނޑުގައި އަތް ޖައްސާލަން ވެސް ޒެންހާއަށް ނުކެރުނެވެ. "މަންމާ!... މަންމާ!..." މިޝަލްގެ އަޑު ވަނީ ކުރެހިފައެވެ. ޒެންހާއަށް ހިންދިރުވައިލެވުނެވެ. މިޝަލް ތަހަންމަލް ކުރަމުން އެދާ ވޭނަކީ އޭނަގެ މަންމަގެ ސަބަބުން ތަހަންމަލް ކުރަމުންދާ ވޭނެއް ހެއްޔެވެ؟ ޒެންހާގެ ހިތުގައި ޖެހުނެވެ. އޭނައަށް މިޝަލް އާއި ކައިރިއަށް ޖެހިލެވުނެވެ. އޭނަ މަޑުމަޑުން މިޝަލްގެ ނިތްކުރީގައި އަތް ޖައްސައިލިއެވެ. މިޝަލް އޮތީ، ވަރަށް ގަދަޔަށް ހުން އައިސްފައެވެ. ހަމަ ރަނގަޅަށް ހުރި މީހަކު، ކުއްލިއަކަށް އެހާ ހުން ގަދަވުމުން، ޒެންހާ އަޖައިބު ވިއެވެ. އޭނަ އަވަހަށް ގޮސް ތައްޓަކަށް ފެން އަޅައިގެން އައެވެ. މިޝަލްގެ ބޯ ހިއްލާލާފައި އޭނަގެ އުނގުމަތީގައި ބާއްވައިލިއެވެ. ކުޑަ ތުވާލިކޮޅެއް ތެންމައިލާފައި ނިތްކުރިމަތީގައި ބާއްވާލީ ވެސް މަޑުމަޑުންނެވެ. ފެންފޮދު ޖެހުމާއިއެކު، މިޝަލް ދިޔައީ ސިއްސައިގެންނެވެ. ކުއްލިއަކަށް ތެދުވަން އުޅުނެވެ. ޒެންހާ ގުދުވެލާފައި، މިޝަލްގެ ނިތްކުރީގައި އޭނަގެ ކޯތާފަތް ޖައްސައިލިއެވެ. މިޝަލް ވަގުތުން ހިމޭން ވެއްޖެއެވެ. އޭރުވެސް އޭނަގެ ދެލޯ ވަނީ މެރިފައެވެ. ******** ޝުކޫރަށް ނަހީރާގެ ކޮނޑުގައި އަތް ޖައްސައިލެވުނެވެ. ނަހީރާ ވަގުތުން ދުރަށް ޖެހިލައިފިއެވެ. މޫނުން ދެ އަތް ނަގާފައި އޭނަ ޝުކޫރުގެ މޫނަށް ބަލައިލީ، ދެބުމަ ގޮށްޖަހައިލަމުންނެވެ. "އާނ.. އާނ...އަހަރެން މޮޔަވެއްޖެ... ޝުކޫރު ތިއުޅެނީ، އަހަރެން އިތުރަށް މޮޔަ ކުރަން..." ނަހީރާގެ އަޑު ބާރެވެ. "ޝުކޫރަށް ކޯއްޗެއް އެނގެނީ؟... އޭނ... އެއްވެސް ކަމެއް ނޭނގޭނެ... މިތާ ހަޤީޤަތް އެނގޭ މީހަކަށް ހުރީ އަހަރެން އެކަނި... އަހަރެންގެ އަތުން އިންސާނަކު މަރުވީމަ ޝުކޫރު ހީކުރީ، އަހަރެން މީ މީހުން މަރާ މީހެއް ކަމަށްތަ؟... އެހެންވިއްޔާ، އަޑުއަހާ... ޒެންހާއަށް ގެއްލުން ދޭން އުޅެނީ، އަހަންނެއް ނޫން... އެ މީހަކީ، އަހަރެންގެ ފިރިމީހާ... އަޑު އިވިއްޖެތަ؟...." ނަހީރާގެ ހަމަހޭވެރިކަން ގެއްލިފައިވާ ކަހަލައެވެ. ******** ނަމާދުކޮށް ނިންމައިލިގޮތަށް މެޔަށް ތަދު ވާތީ، އާބިދާ އޮތީ އޮށޯވެލައިގެންނެވެ. ޒުބޭރު އައިސް ކޮޓަރިއަށް ވަނީ އާބިދާ އެހެން އޮއްވައެވެ. އަނބިމީހާ ފެނުމުން، ޒުބޭރު އެދިމާއަށް ދިޔައީ ހަލުވި ފިޔަވަޅު ތަކެއްގައެވެ. "މޭގެ ރިހުން ނުފިލާތާ ދެ ދުވަސް މިވަނީ... ޒުބޭރު!... ޒެންހާގެ ހާލެއް ބަލައިދީބަލަ..." އާބިދާއަށް ވާހަކަ ދެއްކުނީ އުނދަގުލުންނެވެ. މިޝަލްގެ ފޯނަށް ގުޅޭތޯ ޒުބޭރު މަސައްކަތް ކުރިއެވެ. އެކަމަކު އެ ފޯނު އޮންނަނީ ނިއްވާލާފައެވެ. "ފަހުން ގުޅާނީ... މިގަޑީ އަރާމު ކޮށްލާ..." އާބިދާގެ ގައިގައި ރަޖާގަނޑު އަޅައިދެމުން ޒުބޭރު ބުންޏެވެ. "ޒުބޭރު!... ޒެންހާއަށް ހަޤީޤަތް ހާމަ ކުރާކަށް ނުވޭތަ؟... އަހަންނަށް ހީވަނީ، މީ ކުށެއް ހެން... މިހެން ތިއްބާ ޒެންހާއަށް ހަޤީޤަތް އެނގިއްޖެއްޔާ، އަހަރެމެންނަށް ދުވަހަކު ވެސް މަޢާފު ކުރާނެ ކަމެއް ނޭނގެ..." އާބިދާ ދެރަވެލާފައި ބުންޏެވެ. "މިގަޑީ ތިވާހަކަ ނުދައްކާ... އެހެން ނޫނަސް، ޒެންހާއަށް ހަޤީޤަތް ސިއްރު ކުރުން އެއީ، ނަހީރާ ބޭނުންވި ގޮތެއްނު... އަމިއްލަ މައިމީހާ އެގޮތަށް އައިސް އާދޭސް ކުރާނީ، އެކަމުގެ ފަހަތުގަ ސިއްރުތަކެއް ފޮރުވިފަ އޮތީމަ... އެހެން ނޫނަސް، ޝުކޫރު ކަހަލަ ނުބައި އިންސާނަކަށް އޭނަގެ ދަރިފުޅު ފެންނާކަށް ވެސް އަހަންނަކަށް ފުރުސަތެއް ނުދެވޭނެ..." ޒުބޭރުގެ މޫނުމަތިން ނުރުހުމުގެ އަސަރު ފެނުނެވެ. ޒުބޭރުގެ ޖުމްލަ އަޑު އިވިފައި، އާބިދާއަށް ހިންދިރުވައިލެވުނެވެ. އޭނަ ވަނީ، އެންމެންނަށް ވެސް ވަރަށް ބޮޑު އޮޅުވާލުމެއް އޮޅުވާލާފައެވެ. އެ ހިތި ހަޤީޤަތް ހާމަ ކުރަން އޭނަ ޖެހިލުން ވަނީއެވެ. އެކަމަކު، އެ ދުވަސް އައިސް ޖެހިއްޖެ ކަމުގައި އޭނަ ގަބޫލު ކުރިއެވެ. "ޒުބޭރު!... އަހަންނަށް މަޢާފު ކުރޭ... މިކަމުގަ ޝުކޫރުގެ އެއްވެސް ކުށެއް ނެތް... ހުރިހާ ކަމެއް ކުރީ އަހަރެން... ޝުކޫރުގެ އެއްވެސް ކުށެއް ނެތި، އަހަރެން އޭނަ ކުށްވެރިއަކަށް ހެދީ... އެއީ ޒެންހާގެ ބޭނުމުގައި އަހަރެން ކުރި ކަމެއް... ނަހީރާއަށް އެކުއްޖާ ބެލެން ނެތީމަ، އަހަރެން އެ ކުއްޖާ ބޭނުންވީ... އަހަންނަށް އެކަން ވާން އޮތީ، ޝުކޫރު ކުށްވެރި ކޮށްގެން... އަހަންނަށް އެނގޭ އެނޫން ގޮތަކަށް ޒުބޭރު އެކަމާއި އެއްބަސް ނުވާނެ ކަން... ހާލަތުގެ ނާޖާއިޒް ފައިދާ އެގޮތަށް ނެގުނީމަ، މިއަދު އަހަރެން އެކަމާއި ހިތާމަ ވެސް އެބަ ކުރަން..." އާބިދާއަށް ރޮވުނެވެ. ޒުބޭރަށް ކުއްލިއަކަށް ކޮޅަށް ތެދުވެވުނެވެ. އޭނަގެ ދެލޯ ވަނީ ބޮޑުވެފައެވެ. އެނގުނު ހަޤީޤަތެއްގެ ސަބަބުން، އޭނަގެ ހަމަޖެހުން ގެއްލިއްޖެއެވެ. އާބިދާގެ ސަބަބުން، ކުށެއް ނެތް މީހަކަށް އޭނަ ވަނީ އެތައް ބަދު ދުޢާއެއް ކޮށްފައެވެ. މީހުންނަށް ބަދު ދުޢާ ނުކުރަންވީ ސަބަބީ އެއީ ކަން އޭނައަށް ވިސްނުނެވެ. ދުނިޔެ އަކީ ކެހިވެރިން ގިނަ ތަނެކެވެ. އެފަދަ ތަނެއްގައި އިތުބާރު ކުރާނީ ވެސް ފަހެ، ކާކަށް ހެއްޔެވެ؟ ******** މިޝަލްއަށް ލުއިކަމެއް ލިބޭވަރުވީ، ޒެންހާ އޭނަގެ ބޯ މޮޑެލަދޭން ފެށުމުންނެވެ. އޭނަ އިރުކޮޅަކު ނިދާލާފައި ހޭލި އިރުވެސް، ޒެންހާ އިނީ، އޭނަގެ ޚިދުމަތުގައެވެ. ކައިރިން ދުރަށް ވެސް ނުދެއެވެ. މިޝަލްއަށް ހޭލެވިދާނެތީ، އޭނަ އިނީ ގުޑިލަން ވެސް ނުކެރިފައެވެ. ވަރުބަލިވެގެން ތާއްޔާ ޖެހިޖެހި އިން ޒެންހާގެ މޫނަށް ބަލަން މިޝަލް އޮތެވެ. މާޒީގެ ދުވަސްތައް ހަނދާން ވުމުން އޭނަ ދެރަވިއެވެ. ކައިވެންޏަކީ، ކުޅޭ ކުޅިވަރެއް ނޫން ކަން މިއަދު އޭނައަށް ވިސްނިއްޖެއެވެ. ޖަޒުބާތުގައި ޖެހި، އެދުވަހު އޭނަ ޒެންހާ އާއި ކައިވެނި ކުރީ، ލޯތްބަކުން ނޫނެވެ. އޭނަ އެކަން ކުރީ، އީމާއަށް ދައްކާށެވެ. އެ ހިތަށް ތަދު ކުރާށެވެ. އީމާ އޭނަގެ ޙަޔާތަށް އެނބުރި އައިސް އާދޭސް ކުރުވާށެވެ. އެކަމަކު، ކަންތައްތައް ބަދަލު ވެއްޖެއެވެ. އެކީގައި ދުވަސްތައް ހޭދަ ކުރަމުން ދިޔަ ވަރަކަށް އޭނައަށް ޒެންހާ ކަމުދާން ފަށައިފިއެވެ. އެ އޯގާތެރި ކަމާއި، އަޅާލުމުގެ ސަބަބުން، އޭނަގެ ހިތުގައި އައު ވިންދެން ޖަހަން ފަށައިފިއެވެ. އެކީގައި ހޭދަކުރެވުނު އުފާވެރި ވަގުތުކޮޅަށްފަހު، ޒެންހާ އަކީ އޭނަގެ ހިތުގެ އެއްބައި ކަމުގައި ވެގެން ގޮސްފިއެވެ. މީހުން ބުނަނީ ތެދެކެވެ. މީހެއްގެ ބޭރުފުށަށް ބަލާލައިގެން އެ ވެވެނީ ހަޤީޤީ ލޯތްބެއް ނޫނެވެ. އިންސާނުންނަށް ރީތި އެއްޗެއްސަށް ލޯބި ކުރެވެއެވެ. އެފަދަ އެއްޗެއްސަށް ޝައުޤުވެރި ވެވެއެވެ. އެއީ ޤުދުރަތީ ޤާނޫނެވެ. އިންސާނީ ތަބީއަތެވެ. ބައެއް މީހުންނަށް ހީވަނީ، އެއީ ލޯބި ކަމަށެވެ. އެކަމަކު ހަޤީޤީ ލޯތްބަކީ، މުޅީން ތަފާތު އެއްޗެކެވެ. ހަޤީޤީ ލޯބީގައި ކުލަޖެހެން ފަށަނީ، ކައިވެންޏެއްގެ ފަހުންނެވެ. ކައިވެންޏަކީ، އެހާވެސް މަތިވެރި ގުޅުމެކެވެ. (ނުނިމޭ)
އިންތިހާއަށް ލޯބިވީމޭ... - 26
ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފި އެވެ. މީޓްރޮލަޖީ ސާވިސް (މެޓް) އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީއާ ހަމައަށެވެ. ޔެލޯ އެލާޓް ދެމި އޮންނާނީ ހަވީރު ފަހަކުން ރޭގަނޑު ނުވައަކަށެވެ. މި އަތޮޅުތަކަށް އާންމުކޮށް 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި 55 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ. ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ރާއްޖެއާއި ދުރުން ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ކޮޅިގަނޑަކާ ގުޅިގެން ކުރަމުންދާ ވިއްސާރައެވެ. އެ ކޮޅިގަނޑު މިހާރު ވަނީ ތޫފާނަކަށް ބަދަލުވެފައެވެ. ތޫފާނަށް ދީފައިވާ ނަމަކީ ސައިކްލޯން އަމްޕަންއެވެ. މީގެ އިތުރުން މި ދުވަސްވަރަކީ ރާއްޖެއަށް ހުޅަނގު މޫސުމުގެ މޫސުމީ ވިއްސާޜަވެސް ކުރާ ދުވަސްވަރެވެ. މޫސުން ގޯސްވާނެތީ މިދިޔަ ބުރާސްފަތި ދުވަހު ރާއްޖޭގައި ވަނީ ފުރަތަމަ ފަހަރަށް މޫސުމާ ގުޅޭ އޮރެންޖު އެލާޓުވެސް ނެރެފައެވެ. ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަ ކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ވިލާގަނޑިގައި 50 މޭލާ 60 މޭލާ ދެމެދަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ. މެޓުން ބުނީ ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުންވެސް އެކަށީގެންވާ ކަމަށެވެ.
މޫސުން ވަރަށް ގޯސް، ބޮޑު ބަޔަކަށް ޔެލޯ އެލާޓް
ފުލުހުންނަށް ޓޭޒާ ގަން (ކަރަންޓު ފިސްތޯލަ) ބޭނުންކުރަން ދިނުމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ގަބޫލުކުރެވޭ ކަމަށާއި އެކަމާ ގުޅޭގޮތުން ބަހުސް ކުރެވެން ޖެހޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ. ފުލުހުންނަށް ޓޭޒާ ގަން ދޭން އުޅޭ ކަމަށް މުހައްމަދު ހަމީދު އިއުލާންކުރެއްވުމާ އެކު، އާންމުންގެ ނުރުހުމާއި ފާޑުކިޔުން ވަނީ ފުލުހުންނަށް އަމާޒުވެފަ އެވެ. މިއަދު ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ކޮމިޝަނާ އޮފް ޕޮލިސް ހަމީދު ވިދާޅުވީ ކަރަންޓު ފިސްތޯލަ ނޫނަސް އެހެން ކަހަލަ އާލާތެއް ބޭނުން ކުރަން ފެށިޔަސް ފުލުހުން އެތަކެތި ބޭނުންކުރަނީ ރަނގަޅު ގޮތަށްތޯ ބެލުމަށް ރައްޔިތުންނަށް ސުވާލު ކުރުމުގެ ހައްގު އޮންނާނެ ކަމަށެވެ. އަދި ކޮމިޝަނަރުގެ ހައިސިއްޔަތުން ބަލައިގަންނަ ކަންބޮޑުވުންތަކެއް ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ. "އެތަކެތި ބޭނުންކުރާއިރު ސުވާލު ކުރާނެ އެތަކެތި ބޭނުންކުރަނީ ރަނގަޅަށްތޯ. އަދި އެ ބޭނުންކުރާ ފަރާތްތައް ގާނޫނީ ގޮތުން ޒިންމާދާރުކުރެވޭނެތޯ،" އޭނާ ވިދާޅުވި އެވެ. ހަމީދު ވިދާޅުވީ އަދި މިހާތަނަށް އެ ފިސްތޯލަ ބޭނުންކުރަން ފަށާފައިވަނީވެސް ޓްރައިލްކޮށް އެކަނި ކަމަށެވެ. އަދި އެކަމުގެ ޕޮލިސީ އާއި ޕްރޮސީޖާ އަދި ޓްރެއިނިންގެ މަސައްކަތް މިހާރު ހުރީ ރޭވިފައި ކަމަށް އޭނާ ވިދާޅުވި އެވެ. "އެއްވެސް ހާލަތެއްގައި ފުލުހުން މިތަކެތި ބޭނުންކުރަން ފެށީއެއް ނޫން. ފުލުހުން މަގުމަތީގައި އުޅޭއިރުވެސް މި ތަކެތި ހިފައިގެންނެއް ނޫން އުޅޭނީ،" އޭނާ ވިދާޅުވި އެވެ. އެ ފިސްތޯލަ ބޭނުން ކުރުމާ މެދު ގޮތެއް ނިންމާނީ ސަރުކާރުން ކަމަށާއި އޭގައި އާންމު ރައްޔިތުންގެ ހިޔާލުވެސް ހޯދާނެ ކަމަށް ހަމީދު ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ ފުލުހުންގެ މަސައްކަތުގައި ބޭނުންކުރާ އާލާތްތަކީ އެ މާހައުލަކާއި ހާލަތާ ކުށުގެ ވެއްޓަށް އަންނަ ބަދަލުތަކާ ގުޅިގެން ބަދަލުވާން ޖެހޭ ތަކެތި ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ކަރަންޓު ފިސްތޯލަ ބޭނުން ކުރުމާ ގުޅޭގޮތުން ބަހުސް ކުރެވެން ޖެހޭ: ސީޕީ
ވެލިންޓަން (17 މެއި 2020) : ކޮރޯނާ ވައިރަސް "ކޮވިޑް-19" ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ނިއުޒިލޭންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑަން އާއި އެކަމަނާގެ ފިރިކަލުން ކްލާކް ގޭފޯޑް ވެރިރަށް ވެލިންޓަންގެ ކެފޭ އަކަށް ވެއްދުމަށް އެ ކެފޭއިން ދެކޮޅު ހަދައިފިއެވެ. ނިއުޒިލޭންޑްގެ މީޑިއާ ބުނާގޮތުން ޖަސިންޑާ ފިރިކަލުން ކްލާކް ގޭފޯޑް އިއްޔެ ހެނދުގެ ނާސްތާއަށް ވަޑައިގެންނެވީ ވެލިންޓަންގެ ކެފޭ އަކަށެވެ. ނަމަވެސް ކޮވިޑް-19 ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ގައިދުރުކަމުގެ ފިޔަވަޅުތަކާއެކު އެ ކެފޭގައި އެވަގުތު ޖާގަނެތުމުން (ހުސް މޭޒެއް ނެތުމުން) ކެފޭއަށް ވަނުމުގެ ފުރުސަތު ދެވެންނެތްކަމަށް އެ ކެފޭގެ ވެއިޓަރަކު ބުނުމުން ޖަސިންޑާއާއި ފިރިކަލުންވަނީ އެތަނުން ދުރަށް ވަޑައިގެންފައެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން އެ ކެފޭގެ މުވައްޒަފަކު އައިސް އެދެކަނބަލުންނާ ބައްދަލުކޮށް މޭޒެއް ހުސްވެއްޖެ ވާހަކަ ބުނުމުން އެދެކަނބަލުން އަލުން އަނބުރައި ކެފޭއަށް ވަޑައިގެން ހެނދުނުގެ ސައިފޮދަށް އިންސާފު ކުރެއްވި ކަމަށް ނިއުޒުލޭންޑްގެ ނޫސްތައް ބުނެއެވެ. ކޮވިޑް-19 ކޮންޓްރޯލު ކުރުމަށް ޓަކައި ނިއުޒިލޭންޑްގެ އަޅާފައިވާ ފިޔަވަޅުތައް ބުނާގޮތުން އެގައުމުގެ ކެފޭ ރެސްޓޯރެންޓްތަކުގައި މީހުންނަށް ތިބެވޭނީ އެކަކު އަނެކަކާ ދެމެދު އެއްމީޓަރުގެ ގައިދުރުކަމެއް ބަހައްޓައިގެންނެވެ. އެއްމޭޒު އަނެއް މޭޒާ ދެމެދުގައިވެސް މިވަރުގެ ގައިދުރުކަން ބަހައްޓަންޖެހެއެވެ. އަދި ކެފޭ ރެސްޓޯރެންޓް ބޮޑުވެފައި ތަންއޮތްނަމަވެސް އެއްވަގުތަކު 100 ކަސްޓމަރުންނަށްވުރެ ގިނަމީހުންނަށް ޚިދުމަށް ދީގެންނުވާނެކަމަށް އެ ފިޔަވަޅުތައް ބުނެއެވެ. ބޮޑުވަޒީރު ޖަސިންޑާ އަށް ކުރިމަތިވެ ވަޑައިގެންނެވި މިމައްސަލަ އާ ގުޅިގެން އެކަމަނާގެ އޮފީހުން ވަނީ އެ ކެފޭއިން އަމަލުކުރި ގޮތަށް ތައުރީފްކޮށް ބަޔާނެއް ނެރެފައެވެ. އަދި ޖަސިންޑާއަކީ ބޮޑުވަޒީރުކަމަށް ވީނަމަވެސް އާންމު ތަންތަނުގައި އާދައިގެ ރައްޔިތުންނާ އެކަމަނާ އާ ތަފާތު ކޮށްގެން ނުވާނެކަމަށް އެބަޔާން ބުނެއެވެ. މި ހާދިސާއާ ގުޅިގެން ޖަސިންޑާ ގެ ފިރިކަލުން ވެސްވަނީ ކޮރޯނާ ވައިރަސްގެ މިދުވަސްވަރު ކުރިން ބުކިންގް ނުހަދައި ކެފޭއަށް ދެވުނީތީ ހިތާމަކުރައްވާ ކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ. ޖަސިންޑާ ގެ ޒައާމަތުގައި ނިއުޒިލޭންޑްވަނީ ކޮވިޑް-19 ކޮންޓްރޯލު ކުރުމުގައި ވަރަށް ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. 4 މިލިޔަން މީހުންގެ އާބާދީ އެއް އޮންނަ އެގައުމުން 1494 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެ 21 މީހުން މަރުވި ނަމަވެސް މިހާރުވަނީ އެރޯގާ ކޮންޓްރޯލްކޮށްފައެވެ. މިހާރު ނިއުޒިލޭންޑުން ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ ޕްރޮގްރާމު ކުރިޔަށް ގެންދާއިރު ޕޮޒިޓިވްވަނީ އެކަކު ނޫނީ ދެ މީހުންނެވެ. (ނިއުޒިލޭންޑްގެ މީޑިއާ)
ކޮވިޑް-19 އާ ގުޅިގެން ނިއުޒިލޭންޑްގެ ބޮޑުވަޒީރު ކެފޭއަކަށް ވަނުމަށް ހުރަސްއަޅައިފި
ވެރިރަށް މާލެއަށް ކޮރޯނާވައިރަހުގެ ނުރައްކާ އައުމާއެކު ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޖަމާއަތުގައި ނަމާދު ކުުރުން ހުއްޓާލީތާ މިހާރު މަހެއްވީ އެވެ. އެއީ މިދިޔަ މަހު 19 ވަނަ ދުވަހު އެވެ. އެއާ އެކު، ރޯދަ މަހާވެސް ދިވެހިން ކުރިމަތިލީ މިސްކިތްތައް ބަންދުވެފައި ހުއްޓަ އެވެ. އެއާ އެކު ޖަމާއަތުގެ ތަރާވީހު ނަމާދާއި ދަމު ނަމާދު ނުކުރެވުން ވީ އެތައް ބަޔަކަށް ހިތާމައަކަށެވެ. އެހެންވެ، އެންމެން ވެސް އެދިއެދި ތިބީ ވީ އެންމެ އަވަހަކަށް މިސްކިތްތައް ހުޅުވުމަށެވެ. ރޭ އިސްލާމިކް މިނިސްޓްރީން އިއުލާންކުރީ، މިއަދު ހުކުރު ނަމާދުން ފެށިގެން ބަލި ނެތް ރަށްތަކުގައި ހާއްސަ އިންތިޒާމެއްގެ ތެރެއިން ޖަމާއަތް ހެދުމުގެ ހުއްދަ ދޭށެވެ. މިއާއެކު ރާއްޖޭގެ ގިނަ ރަށްރަށުގެ މިސްކިތްތަކުގައި މަސްދުވަހަށްވުރެ ގިނަ ދުވަހަށްފަހު މިއަދު ވަނީ ހުކުރު ނަމާދުކޮށްފަ އެވެ. ގިނަ މީހުން މިސްކިތަށް ދިޔައީ ވައިރަހުން ރައްކާތެރިވުމަށް އަޅާ މާސްކްވެސް އަޅައިގެންނެވެ. އިސްލާމިކް މިނިސްޓްރީއިން އިރުޝާދު ވެސް ދީފައި ވަނީ، މިސްކިތުގެ ޖަމާއަތަށް ދާއިރު މާސްކު އެޅުމަށެވެ. އެހެން ނަމަވެސް، ވަރަށް މަދު ބައެއް މީހުން މާސްކް ނާޅާވެސް ޖަމާއަތެއް ދިޔަ އެވެ. މިއީ ރާއްޖޭގެ މިސްކިތްތައް އަލުން ހުޅުވާ އެކު ފެނުނު ތަފާތު މަންޒަރެކެވެ. މިއީ ދިވެހިންގެ "ނިއު ނޯމަލް"ގެ މަންޒަރެކެވެ. މިސްކިތް ތެރޭގައިވެސް އަދި ނަމާދު ކުރި ވަގުތު ވެސް ބައެއް މީހުން ތިބީ މާސްކް އަޅައިގެންނެވެ. މި އާލަމީ ވަބާއާއެކު އަހަރުމެން އާންމު ދިރިއުޅުމަށް މިވަނީ މި ބަދަލުތައް ގެންނަން މަޖުބޫރުވެފަ އެވެ. ށ. ފުނަދޫ ހުކުރު މިސްކިތް ތެރޭގައި މީހުން މާސްކް އަޅައިގެން: ގިނަ މީހުން މިސްކިތައް ދިޔައީ މިނިސްޓްރީން އަންގާފައިވާ ގޮތަށް މުސައްސަލަވެސް ހިފައިގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު ށ. ފުނަދޫ ހުކުރު މިސްކިތް ތެރޭގައި މީހުން މާސްކް އަޅައިގެން: ގިނަ މީހުން މިސްކިތައް ދިޔައީ މިނިސްޓްރީން އަންގާފައިވާ ގޮތަށް މުސައްސަލަވެސް ހިފައިގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު އިސްލާމިކް މިނިސްޓްރީން މިސްކިތްތައް ހުޅުވާލީ އާންމުންނަށް ގިނަ އިރުޝާދުތަކެއް ދެމުންނެވެ. މާސްކް އެޅުމުގެ އިތުރަށް ދިން އިރުޝާދު ތަކަކީ؛ ވުޟޫ ކޮށްގެން މިސްކިތަށް ދިއުން. ކުޑަ މުސައްލާއެއް ގެންދިއުން. ޖަމާއަތް ނިމުމާ އެކު އަވަހަށް މިސްކިތުން ފޭބުން. އަތާ އަތްޖޯޑުކޮށް ސަލާމް ނުކުރުން. މީގެ އިތުރުން ރޯގާ ޖެހުން، ހުން އައުން އަދި ކެއްސާ ނަމަ މިސްކިތައް ނުދުޔުމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ. މި ބަލީގައި އެންމެ ނުރައްކާތެރިވާ މީހުން ކަމަށްވާ އެހެން ބަލިތަކަށް ފަރުވާ ހޯދާ މިހުންނާއި އުމުރުން ދުވަސްވެފައިވާ މީހުން ވެސް މިސްކިތަށް ނައުމަށް ވަނީ އިރުޝާދު ދީފަ އެވެ. މީގެ އިތުރުން މިސްކިތުގައި ޖަމާއަތަށް ސަފުތައް ހަދާއިރު، މިފަހަކަށް އައިސް ދުނިޔޭގެ އެހެން ގައުމުތަކުން ފެންނަ ގޮތަށް އެކަކު އަނެކަކު ދުރުދުރުގައި ނުތިބުމަށް ވެސް މިނިސްޓްރީއިން ވަނީ އިރުޝާދު ދީފަ އެވެ. ށ. ފުނަދޫ ހުކުރު މިސްކިތް ތެރޭގައި މީހުން މާސްކް އަޅައިގެން: ގިނަ މީހުން މިސްކިތައް ދިޔައީ މިނިސްޓްރީން އަންގާފައިވާ ގޮތަށް މުސައްސަލަވެސް ހިފައިގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު ށ. ފުނަދޫ ހުކުރު މިސްކިތް ތެރޭގައި މީހުން މާސްކް އަޅައިގެން: ގިނަ މީހުން މިސްކިތައް ދިޔައީ މިނިސްޓްރީން އަންގާފައިވާ ގޮތަށް މުސައްސަލަވެސް ހިފައިގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު ރޯދަ މަސް ނިމެން ކުޑަ ދުވަސްކޮށްޅަކަށް ވެފައި ވަނިކޮށް، މަސްދުވަހަށްފަހު މިސްކިތް ހުޅުވާލިއިރު، މިއަދު އިއްވި ހުކުރު ހުތުބާގެ މައުލޫއަކީ، "ރޯދަ މަހަށްފަ ހުވެސް ހެޔޮއަމަލު ކުރުމުގައި ދެމިތިބުން" މި މައުޟޫ އެވެ. އެގޮތުން ރޯދަ މަސް ދިޔަ ނަމަވެސް، ހެޔޮ އަމަލުކުރުން ހުއްޓާނުލާ ހެޔޮ މަގުގައި ސާބިތުވެ ތިބުމަށް ހުކުރު ހުތުބާގައި ވަނީ ވަސީއްޔަތްކޮށްފަ އެވެ. ހުތުބާގައި ފާހަގަކުރި ގޮތުގައި ގިނަ މީހުންނަކީ ރޯދަމަސް އައުމާއެކު ގިނަގިނައިން ހެޔޮ އަމަލުކުރާ ބައެއް ކަމަށާއި ނަމަވެސް ރޯދަ މަސް ނިމުމާއެކު އެކަންކަން ކުރުން ހުއްޓާލާކަމަށެވެ. ނަމަވެސް އެ އާދަ ދޫކޮށްލައި، ރޯދަމަސް ނިމުމުންވެސް ނަމާދުކޮށް، ގުރުއާން ކިޔަވައި، ހެޔޮ އަމަލުކުރުން މަތީ ދެމިތިބުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ. "ތިޔަބައިމީހުންނަށް ދުނިޔޭގައި ލިބިފައި މިވާ ކުޑަ ދުވަސްކޮޅުގައި ހެޔޮ އަމަލު ކުުރުމަށް އަވަސްވެގަންނަވާ. ބުއްދިވެރިންނަކީ އެމީހާގެ ނަފްސު ކިޔަމަންތެރިކޮށް، މަރުވުމަށްފަހު އޮތް ހަޔާތަށް ތައްޔާރުވާ މީހާ. އަދި ނުކުޅުދުންތެރި އަކީ، އެމީހާގެ ހަވާނަފްސު އެދޭހައި ކަމަކަށް އިޖާބަދިނުމަށް ފަހު ﷲ ގެ ހަޟްރަތުން ފޮނި އުއްމީދު ކުރާ މީހާ،" ހުތުބާގައި ބުންޏެވެ. އެއްމަސްދުވަހަށް ފަހު ރާއްޖޭގެ މިސްކިތްތަކުގައި ހުކުރު ނަމާދު ކުރަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާޙު ހުތުބާގައި އިތުރަށް ބުނީ، ބަލިމަޑުކަމުގެ މި ހާލަތަކީ ވަރުގަދަ އިމްތިހާނެއް މާތްﷲ އަހަރުމެންނާ ކުރިމަތިކުރައްވާފައިވާ ވަގުތެއް ކަމަށެވެ. މި ދަނޑިވަޅުގައި ހުކުރު ނަމާދު މިސްކިތުގައި ނުކުރެވޭ ރަށްރަށުގެ މީހުންވެސް ގޭގައި މެންދުރު ނަމާދާއި އެހެނިހެން ނަމާދުތައް އަދާކޮށް، ކޮރޮނާވައިރަހުގެ މި ބަލިމަޑުކަމުން ސަމާލާމް ކޮށްދެވުން އެދި މަސައްކަތް ކުރުމަށް ހުތުބާގައި ގޮވާލި އެވެ. "އެގޮތުން ކުރަންވީ ފުރަތަމަ ކަމަކީ، ކެތްތެރިވުން. އެއާއެކު ފަރުޟު ފަސް ނަމާދަށް ފަރުވާ ބެހެއްޓުމާއި، ސަޖިދައިގައި ގިނަގިނައިން ފާދަ ފުއްސެވުމާށް އެދި ދުއާ ކުރުމާއެކު ސަބަބުތަކުގައި ހިފުން. ސަބަބުތަކުގައި ހިފުމަކީ ބޭސް ކުރުން އެކަންޏެއް ނޫން. އޭގެން އިތުރު ކަމާ ބެހޭ އިދާރާތަކުން ދޭ އިރުޝާދުތައްކަށް އަމަލު ކުރުންވެސް ހިމެނޭ،" ހުތުބާގައި ބުނެފައިވެ އެވެ. ހުކުރު ނަމާދުގެ ޖަމާއަތަށް ފަހު މީހުން މިސްކިތުން ނިކުންނަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު ހުކުރު ނަމާދުގެ ޖަމާއަތަށް ފަހު މީހުން މިސްކިތުން ނިކުންނަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު މި ބަލިމަޑުކަމުން އަރައިގަތުމަށް މާތް ﷲގެ ރަހުމަތުން އުއްމީދު ކަޑާނުލުމަށް ވެސް ހުތުބާަގައި ވަނީ ގޮވާލައްވާފަ އެވެ. އަދި ސާފު ތާހިރުކަމުގެ ސިފަތަކަށް އިސްލާމް ދީން ބާރު އަޅާކަން ފާހަގަކޮށް އަތް ދޮވުމާއި އާންމު ސާފު ތާހިރު ކަމަށް އަބަދު ސަމާލުކަން ދިނުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. މިއަދުގެ ހުކުރު ހުތުބާ ވެސް ނިންމާލީ މި ބަލިމަޑުކަމުން ސަލާމަތް ކުރުމަށް އެދި ދުއާކުރަމުންނެވެ. ހުކުރު ނަމާދުގެ ޖަމާއަތަށް ފަހު މީހުން މިސްކިތުން ނިކުންނަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު މާލެ ހިމެނޭ ގޮތުން އިތުރު 25 ރަށެއްގައ ޖަމާއަތުގައި ނަމާުދުކުރުން އަދި ވަނީ މަނާކޮށްފަ އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ބުނި ގޮތުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދޭނީ މޮނީޓަރިންއިން ރަށެއް ދޫކޮށްލާތާ 28 ދުވަސް ހަމަވުމުންނެވެ. އަދި 25 ރަށުގައި ހިމެނެނީ އެ ޝަރުތު ފުރިހަމަ ނުވާ ރަށްރަށް އަދި މިވަގުތު ފުރަބަންދުގައިވާ ރަށްރަށް އަދި މީހުން ކަރަންޓީނުކޮށްފައިވާ ރަށްރަށެވެ. މިސްކިތްތަކުގައި ނަމާދުކުރަން ހުޅުވާލުމުގެ ކުރިން ކާޕެޓްއަޅާފައިވާ ނަމަ އެ ކާޕެޓް ނަގަން ޖެހެ އެވެ. އަދި މިސްކިތުގައި އަތް ދޮވެވޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭއިރު، ޖަމާއަތުގެ ކުރިންނާއި ފަހުން ތަޅުންގަނޑުމަތި މޮޕްޖަހައިގެން ޑިސްއިންފެކްޓް ކުރަން ޖެހެ އެވެ. އޭސީ މިސްކިތެއް ނަމަ މި ދުވަސްވަރު އޭސީ ބޭނުން ނުކޮށް، ވައި ދައުރުވާނޭ ގޮތަށް ދޮރުތައް ހުޅުވާލާފައި ބަހައްޓަން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
މިސްކިތްތަށް ހުޅުވާލުމާއެކު މާސްކާއެކު އެންމެން ނަމާދަށް
އެއީ މީގެ ފަސް އަހަރު ކުރިއެވެ. ޝަނާޔާއަކީ، އަހަރެންގެ އަލަތު ލޯތްބެވެ. އަލަތު އަނބިމީހާ ވެސް މެއެވެ. އުފާވެރި ދިރިއުޅުމަކަށް އަހަރެން ދަތުރު ފެށީ، ޝަނާޔާ ދައްކައިދެމުންދިޔަ ކުލަ ރީތި މަންޒިލްތަކުންނެވެ. ލޯބީގެ ބަގީޗާތަކުގައި މާތައް ފޮޅުވަމުންނެވެ. ދެމީހުން އެކުގައި ހޭދަކުރަމުން ދިޔައީ، އުފާވެރިކަމުން ފުރިގެންވީ ދުވަސްތަކެކެވެ. އަހަރެމެން ދެމީހުންގެ ލޯބީގައި ފުރަތަމަ ކުނި ޖެހެން ފެށީ، އަހަރެމެންގެ އަލަތު ދަރިފުޅަށް ޝަނާޔާ ބަލިވެ އިން ފަހުންނެވެ. އަހަންނަށް ލިބޭ ކުޑަ މުސާރައިން ދެކޮޅު ޖައްސަން އުނދަގޫ ވިއެވެ. ފުރަތަމަ ދެމީހުން ވެސް އުޅުނީ ވަޒީފާގައެވެ. ލިބޭ އެއްޗަކުން ދިރިއުޅުމުގެ ޚަރަދުތައް ހަމަޖައްސާފައި ކޮންމެވެސް ވަރަކަށް ފައިސާ ރައްކާ ވެސް ކުރެވުނެވެ. އެކަމަކު ޝަނާޔާ ބަނޑުބޮޑުވުމާއިއެކު ގިނައިރު އިށީނދެ އިނުމަށް ޑޮކްޓަރު މަނާކުރުމުން ވަޒީފާއިން ވަކިވާން މަޖުބޫރު ވީއެވެ. "މިހެން ކިހިނެތް އަބަދު އުޅޭނީ... އަދި ދަރިފުޅު ލިބުނީމަ ޚަރަދުތައް ހަމަޖައްސާނެ ގޮތެއްވެސް ނޭނގެ... ނިޝާންގެ އަތުގަ ދުވަހަކުވެސް އެއްޗެއް އޮންނަ ކަމަކަށް ނުވޭ..." ޝަނާޔާގެ އަބަދުގެ ޝަކުވާއަކީ، އެއީ އެވެ. އަބަދު އިންނަނީ، މޫނު ކުނިކޮށްލައިގެންނެވެ. ގެއަށް އައިސް ވަންނަ އިރަށް ފައިސާގެ ޝަކުވާ ކުރުން ނޫން ކަމެއް ނުކުރެއެވެ. ބަލިވެ އިނުމުން، މޫޑު ސަކަރާތްވުމާއި ތަބީއަތަށް ބަދަލު އަންނާނެކަން އެނގޭތީ، އަހަރެން ހިތްވަރުކޮށްލައިގެން އެއްޗެއް ނުބުނެ ހުންނަނީއެވެ. އަހަރެން ހުރީ، ޑިޒައިން ކުރުމުގެ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލްކޮށްގެންނެވެ. އަދާކުރަމުންދިޔަ ވަޒީފާގެ އިތުރުން، ގިނަ ވަގުތު އަހަރެން ހޭދަކުރަމުން ދިޔައީ އެ މަސައްކަތް ކުރިއެރުވޭނެ ގޮތަކާއިމެދު ވިސްނުމުގައެވެ. އަތުގައި އިތުރު ފައިސާނެތި، އެކަން ފެށޭނެ ގޮތެއް ވެސް އަހަންނަށް ޖެހުނީ ވިސްނާށެވެ. ޙާލަތުގެ ގޮތުން ލޯނެއް ނެގުން ވެސް ރައްކާތެރި ނުވާނެ ކަމުގައި ވިސްނުނެވެ. "ކުޑަ ދުވަސްކޮޅަކު ކެތްކޮށްލަދީ... މި ހިތްދަތި ދުވަސްތަކުން އަރައިގަނެވޭތޯ އަހަރެން މިދަނީ މަސައްކަތް ކުރަމުން... އިންޝާﷲ ދަރިފުޅު ލިބެންވާ އިރަށް، އަމިއްލަ ފައިމައްޗަށް ތެދުވެވޭތޯ ބަލާނަން..." އަހަރެންގެ ޖަވާބަކީ އެއީ އެވެ. ބަނޑަށް އަށްމަހުގައި ޝަނާޔާ އަހަރެން ދޫކޮށް ދިޔައެވެ. ކޯޓަށް ފޯމު ލައިގެން އަމިއްލައަށް ވަރިވެގެންނެވެ. ސަބަބަކަށްވީ، އަހަންނަކީ ތަނަވަސް މީހަކަށް ނުވުމެވެ. ސަނާޔާ ބޭނުންވާ ކޮންމެ އެއްޗެއް ހޯދައިދެވޭ ވަރަށްވުރެ، އަހަންނަށް ލިބޭ މުސާރަ ކުޑަ ވުމެވެ. އަހަންނަށް އިތުބާރުކުރަން ޝަނާޔާ ބޭނުން ނުވީއެވެ. އަހަންނަށް ލިބުނު ހަމަ ހުރިހާ އެއްޗެއް ޚަރަދުކުރީ، ޝަނާޔާ އަށެވެ. އަދި އަހަރެމެންގެ ދިރިއުޅުން ކުރިއެރުވުމަށެވެ. ކުއްލިއަކަށް އަރާ ބޮންތީގައި ނުހިފޭނޭކަން ޝަނާޔާއަށް ނުވިސްނުނީތީ އަހަރެން ދެރަވިއެވެ. އަހަރެން އާދޭސް ކުރީމެވެ. އެ އާދޭހަށް އޭނަ ދިނީ ބީރު ކަންފަތެކެވެ. އިންސާނުންނަން ކެތް ކުރެވޭނީ ވަކި ވަރަކަށެވެ. އަހަރެންގެ ހިތް މާޔޫސް ވިއެވެ. ދިރިއުޅުމާއިމެދު އުއްމީދު ގެއްލުނެވެ. އަހަރެން ދެރަވީ ހަމައެކަނި އެހެންވެއެއް ނޫނެވެ. އަހަރެންގެ ދަރިފުޅު ފެނިލުމުގެ ނަޞީބުވެސް އަހަންނަށް ނުލިބުމުންނެވެ. ކޯޓަށް މައްސަލަ ލައިގެން ބޮޑު ކަންތައް ގަނޑަކަށް އެކަންތައް ހަދާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ދަރިފުޅު ވިހޭކަން އެނގުމުން، ބައްދަލު ކުރަން އެތައް މަސައްކަތެއް ކުރީމެވެ. އެހެނަސް، ސަނާޔާ އަހަންނަށް އެ ފުރުސަތު ވެސް ނުދިނެވެ. ދަރިފުޅުގެ ބައްޕައަށް ވީތީ، އެ ލޯބި ދިނުމުން ވެސް މަހުރޫމް ކުރިއެވެ. ހިތް ފަޅައިގެން ދިޔަ ނަމަވެސް، ކެތްތެރި ވީމެވެ. ދުރުދުރުން ދަރިފުޅުގެ ޙާލު ބަލަމުން ދިޔައީމެވެ. ދަރިފުޅެކޭ އެއްވަރަށް ޝަނާޔާގެ ޙާލުވެސް މެއެވެ. ދުރުގައި ތިއްބަސް، އެ ދެމީހުންނަށް ވެސް ޚަރަދު ކުރަމެވެ. ދަތިވާ ކަމެއް އޮވެއްޖެނަމަ، ޝަނާޔާގެ އެކުވެރިއަކު މެދުވެރިކޮށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީ ހެދީމެވެ. ދަރިފުޅަށް ހަމަސް ފުރުނު ފަހުން، ޝަނާޔާ އެހެން މީހަކާ ކައިވެނި ކުރި ޚަބަރު ލިބުނެވެ. ރާއްޖޭގެ ނަން މަޝްހޫރު ވިޔަފާރިވެރިއެއްގެ ދަރިއަކާއި އެވެ. އެއީ އަހަރެންގެ ޙަޔާތުގައި އައި އެންމެ ހިތްދަތި އެއް ދުވަހެވެ. އަހަރެންގެ މުޅި ދުނިޔެ ފަނާވިހެން ހީވިއެވެ. އަހަރެން ހީކުރީ، ޝަނާޔާ އެނބުރި އަހަރެންގެ ޙަޔާތައް އަންނާނެ ކަމަށެވެ. އެކަމަކު އަހަންނަށް ޖެހުނީ، އެ ހިތި ހަޤީގަތް ޤަބޫލު ކުރާށެވެ. އެ ނަން އަހަރެންގެ ހިތުން އަބަދުގެ އަބަދަށް ފޮހެލާށެވެ. އެތެރެއިން ފުނޑުފުނޑު ވަމުންދިޔަ ނަމަވެސް މެއެވެ. ޝަނާޔާ އަށާއި ދަރިފުޅަށްޓަކައި އުފާ ކުރީމެވެ. ހިތުގައި ޙަޞަދައެއް ނުލަމެވެ. ދުޢާ ކުރެވުނީ، ދެމައިން ވެސް އުފަލުގައި ލެއްވުމަށް އެދިއެވެ. އަމިއްލަ ހިތް ޒަޚަމުވެފައިވާ ޙާލު، އަހަރެން އެންމެ ލޯބިވީ ދެމީހުންގެ އުފަލަށްޓަކައި ކެތްތެރި ވެވޭނެ އެންމެ މަތީ ދަރަޖަ އަކަށް ކެތް ކުރީމެވެ. ދުވަސްތައް ފާއިތުވަމުން ދިޔައީ، ހީވެސް ނުކުރާހައި އަވަހަށެވެ. އަހަރެންގެ ހުރިހާ ވަގުތެއް ހުސްކުރަމުން ދިޔައީ، ދިރިއުޅުން ކުރިއެރުވުމަށެވެ. ފަސް އަހަރު ފަސް ފަސް އަހަރު ކުރީގެ މާޒީ އިން އެނބުރި އާދެވުނީ، ކައިރީގައި އިން މީހަކު އިޝާރާތެއް ކޮށްލުމުންނެވެ. ފުން ނޭވާއެއް ދޫކޮށްލާފައި، އަހަރެން ތެދުވީމެވެ. އެއާޕޯޓުގެ އެރައިވަލްސް އިން އަހަންނަށް މަރުޚަބާ ކިޔުމަށް އޮފީހުގެ ފަރާތުން ބަޔަކު އައިސް ތިއްބެވެ. އޭގެ ތެރެއިން ވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ، ނީލަމް އެވެ. ފަސް އަހަރު ކުރިން، އޮފީހުގެ ފަރާތުން ލިބުނު ކޯހެއްގައި، އަހަރެން ރާއްޖެއިން ބޭރަށް ފުރައިގެން ދިޔައިރު، އޮފީސް ތެރެއިން ކޮންމެވެސް ވަރަކަށް ނީލަމް ފެނުނު ހަނދާނެއް ވިއެވެ. ހަމުގެ ކުލަ މާ އަލި ނޫނަސް، ނީލަމްގެ ގައިގައި އަހަރެން ގަޔާވާ ކަހަލަ ގޮތެއް ހުއްޓެވެ. ނީލަމްއަކީ، ލޫޅާފަތި، ރީތި އަންހެން ކުއްޖެކެވެ. އަބަދުމެ ހިނިތުންވެލައިގެން ހުންނަގޮތުން ހިތްހެޔޮ ކުއްޖަކާއި ވައްތަރެވެ. ދަރިފުޅު ދެކިލާހިތުން އަހަރެން ހުރީ ކެތްމަދުވެފައެވެ. އެކަމަކު އަހަންނަށް ލިބުނީ، މާޔޫސްވާފަދަ ޚަބަރެކެވެ. ޝަނާޔާ އޭނާގެ ފިރިމީހާ އާއިއެކު ޗުއްޓީއަށް ރާއްޖެއިން ބޭރަށް ފުރައިގެން ދިޔައީއެވެ. ދަރިފުޅާއި ގުޅޭނެ ގޮތެއް، ބައްދަލުކުރެވޭނެ އެއްވެސް ގޮތެއް ވެސް ނެތެވެ. އަހަރެން އޮފީހަށް ނުކުންނަންފެށީ، ހަފްތާއެއްގެ ކުރު ޗުއްޓީއަކަށް ފަހުގައެވެ. ކޯހުގެ ސަބަބުން އަހަރެންގެ ވަޒީފާ މަތިވިއެވެ. މުސާރައިގެ ކުރިއެރުން ލިބުނެވެ. އޭގެ ކުރިން އަހަންނަށް ލިބުނު މުސާރައިގެ ދެގުނަ އިތުރު އަދަދެކެވެ. މުސާރަ ލިބުމާއިއެކު، އަހަރެންގެ ސިކުނޑީގައި އައިސް ޓަކި ދިނީ، ޝަނާޔާ އާއިއެކު ހޭދަކުރި ދުވަސްތަކުގެ ހަނދާން ތަކެވެ. އޭރު ލިބުނު މުސާރަ ކުޑަވެގެން ކުރި ޝަކުވާ ތަކެވެ. "ކޮން ފިކުރެއްގަ ތޯ؟..." އަހަރެންގެ ޚިޔާލުތަކުގެ ވާފަށް ކެނޑިގެން ދިޔައީ، އަންހެން ކުއްޖެއްގެ އަޑު އިވުމުންނެވެ. އަހަރެން އޮތީ ގޮނޑީގައި ބޯއަޅާލައިގެންނެވެ. ދެލޯ މަރާލައިގެން އޮވެފައި، ލޯ ހުޅުވާލީމެވެ. ކުރިމަތީގައި ހުރީ ނީލަމް އެވެ. ރީތި ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކުރުވައިގެންނެވެ. "އަޅުގަނޑު މިހެން ދަމުން ވަދެލީ..." އަނެއްކާވެސް ވާހަކަ ދެއްކީ ނީލަމް އެވެ. ނީލަމް އާއި ގާތް ގުޅުމެއް އުފެދުނީ އެދުވަހުގެ ފަހުންނެވެ. ދެމީހުންގެ ފޯނުކޯލުތައް ގިނަވެ، ބޭރުތެރެއިން ބައްދަލުކުރާ މިންވަރު އިތުރުވާން ފެށިއެވެ. ނީލަމް އާއި ލޯބީގެ ގޮތުން ގުޅުނުއިރު، ނީލަމްގެ މާގިނަ ކަންތައްތަކެއް އަހަންނަކަށް ނޭނގެއެވެ. އެކަމަކު އަހަރެންގެ މުޅި ދިރިއުޅުން ކަހަލަގޮތަކަށް ނީލަމްއަށް ކިޔައިދިނީމެވެ. ނީލަމް އަހަރެން ބަލައިގަތީ، އުފަލުންނެވެ. އެންމެ ފުރަތަމަ ދުވަހޫއްސުރެ، ނީލަމްގެ ހިތުގައި އަހަންނަށް ޚާއްސަ ޤަދަރެއް ދެވިފައިވާކަން އެނގުނެވެ. ކައިވެނީގެ ހުރިހާ ކަމެއް ހަމަޖެއްސުމަށްފަހު، ނީލަމް އާއިއެކު، އަހަރެން އެ ގެއަށް ދިޔައީމެވެ. އެ ދުވަސް ވެގެން ދިޔައީ އަހަންނަށް ވަރުގަދަ ސިހުމެއް ލިބުނު ދުވަހަކަށެވެ. ނީލަމްގެ ބައްޕަ މުޙައްމަދަކީ، އަހަރެން މަސައްކަތް ކުރަމުން އައި އޮފީހުގެ ވެރިޔާ އެވެ. އިއްތިފާޤުން އަހަރެން ވީ، މުޙައްމަދަށް މާ ކަމުދާ މީހަކަށެވެ. "ސަޕްރައިޒް..." ނީލަމް ހުރީ އުފަލުން ފޮޅިފައެވެ. ނީލަމް ހީވަނީ، ދެޢީދު އެއްފަހަރާ އައިސްގެން އުޅުނު ހެންނެވެ. ކޮށްފައި ނުކުރާނެ ކަމެއް ނޭނގިގެން މުޅި ގޭތެރޭގައި ދުވެދުވެފައި އުޅުނެވެ. މުޙައްމަދުގެ ތުންފަތް މަތީން ވެސް ހިނިތުންވުން ފިލައި ނުދެއެވެ. ދަރިފުޅުގެ ކޮންމެ ހަރަކާތަކަށް ހިނިތުންވެލައިގެން ބަލަން އޭނަ ހުއްޓެވެ. ނީލަމް ގޮސް އެތެރެއަށް ވަނުމުން، މުހައްމަދު ބަލައިލީ އަހަރެންގެ މޫނަށެވެ. "މަންމަ މަރުވިފަހުން، ނީލަމް ހުންނަނީ، ވަރަށް އެކަނިވެފަ... ހިނިތުންވެލައިގެން ހުއްޓަސް، އެތެރެއިން ރޯލަ ރޯލާ... ކަރުނަތައް ނުފެނުނަސް، މި ބައްޕައަށް އެކަން އިޚްސާސް ކުރެވޭ... މިއަދު، އެތައް ދުވަހަކަށްފަހު، އަހަރެންގެ ދަރިފުޅު އަނބުރާ ލިބުނު ކަހަލަ... ދެން ހަމަޖެހިލައިގެން ޙަޔާތުގެ ބާކީބައި ހޭދަކޮށްލެވިދާނެ..." ފުން ނޭވާއެއް ދޫކޮށްލަމުން މުޙައްމަދު ވާހަކަ ދެއްކިއެވެ. ދެ ހަފްތާ ފަހުން، އަހަރެމެންގެ ކައިވެނި ކުރެވުނެވެ. ކައިވެންޏަށްފަހު، ނީލަމް ވީ، އަހަރެން ހީކުރި ވަރަށްވުރެ ޒިންމާދާރު އަނތްބަކަށެވެ. އަހަރެން ކުރާ ކޮންމެ ކަމެއްގެ ފަހަތުގައި ނީލަމް ހުރެއެވެ. އަހަންނަށް ދަތިވާ ހަމަ އެއްވެސް ކަމެއް ނޯވެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެއްވެސް ކަމަކާ ދެބަސްވެ، ޝަކުވާއެއް ނުކުރެއެވެ. އަހަރެންގެ މުޅި ހިތް، ނީލަމް ފަތަޙަ ކުރީ ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. ނީލަމްގެ ބައްޕަ ދުނިޔެ ދޫކުރުމުގެ ކުރިން އެ ކުންފުނި އަހަންނާއި ނީލަމްގެ މައްޗަށް ބަދަލު ކުރިއެވެ. ދެމީހުންނަށް ހަމަހަމަ ވާނޭ ހެންނެވެ. އެކަން އެނގުނީ، ބައްޕަ ނިޔާވުމަށް ފަހުގައެވެ. އަޑިއަށް ދަމުންދިޔަ ކުންފުނި ނަގައި ކޮޅަށްޖެހޭތޯ އެތައް ރެއެއްގެ ނިދި ނަގާލަން ޖެހުނެވެ. ބޭރުގެ އިންވެސްޓަރުންނާއި ބައްދަލު ކުރަން އެކި ޤައުމުތަކަށް ދިޔައީމެވެ. އެހުރިހާ ކަމަކަށް އަހަންނަށް ހިތްވަރު ދިނީ ނީލަމްއެވެ. ނީލަމް ކަހަލަ އަނތްބަކު ލިބުނީތީ، އަހަރެން ފަޙުރުވެރި ވިއެވެ. އެއްދުވަހެއްގެ މެންދުރުގެ ވަގުތެވެ. އަލަށް އިމާރާތްކުރެވުނު އޮފީހަށް އިތުރު މުވައްޒަފުން ނެގުމަށް އިންޓަވިޔު ހަމަޖެހިފައިވާތީ، އަހަރެން އިނީ އޮފީހުގައެވެ. ވަރުބަލިވެގެން ގޮނޑީގައި ހަމަޖެހިލި ތަނައި، ނީލަމްގެ ފޯނުކޯލެއް ލިބުނެވެ. އަހަރެން އޮފީހުގައި އުޅޭ ވަގުތުތަކުގައި ނީލަމް ގުޅާނީ، ކޮންމެވެސް މުހިއްމު ކަމެއްގައެވެ. ނީލަމް އެދުނީ، އިންޓަވިޔު ނިމުމުން ވީ އެންމެ އަވަހަކަށް ގެއަށް އައިސް ދިނުމަށެވެ. އަހަންނަކަށް ކެތެއް ނުކުރެވުނެވެ. އިންޓަވިޔު ފަސްކޮށްލުމަށްފަހު، ގެއަށް ދިޔައީމެވެ. ނީލަމް އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. މޫނުމަތި މިލާފައިވާއިރު، ދެލޮލުގައި މަޑު ރަތްކަމެއް ވިއެވެ. އަހަރެން ކަންބޮޑުވީ، ނީލަމްގެ ޙާލު ފެނުމުންނެވެ. އަހަރެން ފެނުމުން، ނީލަން ތެދުވިއެވެ. ކުއްލިއަކަށް އައިސް ބައްދާލާފައި ފެށީ ރޯށެވެ. ދެން އިވުނީ، މަޑުމަޑުން ހޭންފެށި އަޑެވެ. ވާނުވާ ނޭނގިފައި އަހަރެން ހުރީ ބުނަންވީ އެއްޗެއް ވެސް ނޭނގިފައެވެ. "އަހަރެމެންނަށް ބޭބީއެއް ލިބެނީ..." ނީލަމް އުފާވެފައި ބުންޏެވެ. އަހަރެންގެ ދެލޯ ކަރުނުން ފުރުނެވެ. އަހަރެންގެ ބާރުގަދަ އަތުގެ ތެރެއަށް ނީލަމް ގެނައީމެވެ. އެއަށްފަހު ވައިގެ ތެރޭގައި އަނބުރާލީމެވެ. އަހަރެން އެނބުރި އޮފީހަށް ދިޔައީ ނީލަމް ގޮވައިގެންނެވެ. ކައިރިން ދުރަށްދާން ބޭނުން ނުވާތީއެވެ. އަހަރެން ބޭނުންވީ، ދުވަސް އެކީ ނިމެންދެން އަހަރެންގެ ނަޒަރުގެ ކުރިމަތީގައި ނީލަމް ބައިންދާށެވެ. އިންޓަވިއު ފެށިގެން ކުރިއަށް ދިޔައެވެ. ކުރަން އިން ކަންތަކަށްވުރެ ބޮޑަށް، އަހަންނަށް ސަމާލުކަން ދެވުނީ، ނީލަމްއަށެވެ. ކިރިޔާ ވަގުތެއް ލިބޭ އިރަށް ލޯބީގެ ސަމާސާއެއް ކޮށްލަމެވެ. "ނިޝާން..." ކުއްލިއަކަށް އިވުނު އަޑަކުން އަހަންނަށް ކުރިމައްޗަށް ބަލައިލެވުނެވެ. އަހަރެންގެ ކުރިމަތީގައި އެހުރީ، އެއްދުވަސްވަރެއްގައި އަހަރެން އެންމެ ލޯބިވި އިންސާނާއެވެ. ޝަނާޔާއެވެ. ކުރިއަށްވުރެ އެ ހަށިގަނޑު ހިކިވެފައި އަނަރޫފައެވެ. މޫނުމަތި ވަނީ ކަޅުވެފައެވެ. ދެލޯވެސް ވަޅުވަދެފައެވެ. ޝަނާޔާ ފެނުމުން، އަހަރެންގެ ހިތް ހަމްދަރުދީ އިން ފުރުނެވެ. "މިތަނުގެ ބޮޑު މީހާއަކީ، ނިޝާންތަ؟..." ޝަނާޔާ ހައިރާންވެފައި ސުވާލު ކުރިއެވެ. ޝަނާޔާ އައީ ތަނުގެ މަސައްކަތު މީހަކު ނެގުމަށް ކުރެވޭ އިންޓަވިއު އަށެވެ. ބޮޑު ވިޔަފާރިވެރިއަކާއި ކައިވެނިކޮށްގެން އުޅެފައި ސަނާޔާ އެހާ އާދައިގެ ވަޒީފާއަކަށް ވަންނަން ޖެހޭ އެއްވެސް ސަބަބެއް އަހަންނަކަށް ނުވިސްނުނެވެ. "ކޮބާ ލާމި؟..." އަހަންނަށް ފުރަތަމަވެސް އެހުނީ ދަރިފުޅުގެ ވާހަކައެވެ. ޝަނާޔާ ދެއްކި ވާހަކަ އަހަންނަކަށް މުހިއްމެއް ނުވިއެވެ. "ނިޝާން...." ޝަނާޔާ ފެށީ ރޯށެވެ. ކަންބޮޑުވެފައި އަހަންނަށް ބަލައިލެވުނީ، ކައިރީގައި އިން ނީލަމް އަށެވެ. އެ މޫނުމަތިން ވެސް ފެނުނީ ހައިރާން ކަމެވެ. "ދަރިފުޅު އަހަރެން ދޫކޮށް ހިނގައްޖެ... އަހަރެންގެ ފިރިމީހާ ވެސް..." ޝަނާޔާ ހުއްޓައެއް ނުލިއެވެ. ރޮއެރޮއެފައި ވާހަކަ ދެއްކީ ގިސްލަމުންނެވެ. ނުރައްކާތެރި އެކްސިޑެންޓެއްގައި ޝަނާޔާގެ ފިރިމީހާއާއިއެކު އަހަރެންގެ ދަރިފުޅުވެސް މިދުނިޔެ ދޫކޮށް ދިޔައީ އެވެ. އަހަންނަށް ފުންމައިގެން ތެދުވެވުނެވެ. ނީލަމް ވެސް ތެދުވިއެވެ. އަހަރެންގެ ކައިރިއަށް ޖެހިލާފައި ކޮނޑުމަތީގައި އަތް ބާއްވައިލީ، ހިތްވަރު ދިނުމުގެ ގޮތުންނެވެ. އަހަރެންގެ ހިތް ކަރުނަ އަޅައި ރުޔެވެ. ދަރިފުޅު ލޮލަށް ނުފެނި ވަކިވެގެން ދިޔައީތީއެވެ. އެކަމާއި ޝަނާޔާއަށް ހިތުގެ އަޑިން ނަފުރަތު ކުރެވުނެވެ. ދުވަހަކު މަޢާފު ނުކުރުމަށް ހިތް ބުންޏެވެ. އެކަމަކު އެ ޙާލަތުގެ ގޮތުން ހިތަށް ހަމްދަރުދީ ވެސް ވަނެވެ. ނަމަވެސް މިއަދު ޝަނާޔާއަށް އެހީވުމަށް އަހަންނަށް ކޮށްދެވޭނެ މާ ބޮޑު ކަމެއް ނެތެވެ. ދަރިފުޅު ނެތް ދުނިޔެއެއްގައި ޝަނާޔާގެ މުހިއްމުކަމެއް އަހަންނަކަށް ނުވިސްނުނެވެ. އަހަންނަށް ކޮށްދެވެން އޮތް ކަމަކީ، ޝަނާޔާއަށް ވަޒީފާ ހަމަޖައްސައިދިނުމެވެ. ނޫނީ މާލީގޮތުން އެހީތެރިކަމެއް ފޯރުކޮށް ދިނުމެވެ. "ނިޝާން... އަހަރެން މުޅިން އެކަނިވެއްޖެ... މިއަދު ހިތަށް އަރާ ނިޝާން ދޫކޮށް ނުދެވުނު ނަމައޭ... ނިޝާން ދޫކޮށް ދިޔަފަހުން، އަހަންނަށް އުފަލުގައި އުޅެވުނީ، ކުޑަ ދުވަސްކޮޅަކު... ފިރިމީހާގެ ފަރާތުން މާބޮޑު އެހީތެރިކަމެއް ނުލިބުނު... އުޅެންޖެހުނީ، ވަރަށް އެކަނި... ނިޝާން... ތި ދިރިއުޅުމުން އަހަންނަށް އިތުރު ފުރުސަތެއް ދީ... އޭރުން ދުވަހަކުވެސް ނިޝާން ދޫކޮށްފައެއް ނުދާނަން... އަހަރެން އަދިވެސް ނިޝާންދެކެ ވަރަށް ބޮޑަށް ލޯބިވޭ..." ޝަނާޔާ ރޮމުން ވާހަކަ ދެއްކިއެވެ. އަހަންނަށް ބަލައިލެވުނީ، ކައިރީގައި ހުރި ނީލަމް އަށެވެ. މިލާފައިވާ އެ މޫނު ފެނުމުން އަހަރެން ދެރަވިއެވެ. އަހަރެން ބަލައިލުމުން، ނީލަމް އިސްޖަހައިލީއެވެ. އޭނަ އުޅުނީ، އެތަނުން ދާށެވެ. އެ އަތުގައި ހިފައި ހުއްޓުވީ އަހަންނެވެ. "ޝަނާޔާ... އަހަންނަށް މަޢާފުކުރޭ..." އަހަރެން ބުނީމެވެ. "މީ އަހަރެންގެ އަނބިމީހާ... ހަޤީޤީ ދިރިއުޅުމަކީ ކޮބައިކަން އަހަންނަށް ދަސްކޮށްދިން އިންސާނަކީ މިއީ... މި ބަނޑުތެރޭގައި އޮތީ އަހަރެންގެ ދަރިއެއް... މާތްﷲގެ އިރާދަފުޅާއިއެކު ވަރަށް އަވަހަށް ބައްޕައަކަށްވުމުގެ ހުވަފެންތައް މިދަނީ ދެކެމުން... އަހަރެންގެ މުޅި ހިތް އެކީ ވަނީ ނީލަމްއަށް ހަދިޔާ ކުރެވިފައި... އިތުރު މީހަކަށް މި ޙަޔާތުން ދެން ޖާގައެއް ދެވޭކަށް ނެތް..." އަހަރެން އެ ހުރިހާ ވާހަކައެއް ދެއްކިއިރު، ނީލަމް ހުރީ ފެންކަޅި ވެފައެވެ. ޝަނާޔާ ނުކުމެގެން ދިޔައީއެވެ. މުޅި އުމުރަށް އަހަރެންގެ ޙަޔާތުން ވަކިވެގެންނެވެ. އެ ހުރިހާ ހަނދާންތަކެއް ކުނިކޮޅެއްހެން އަހަރެންގެ ޙަޔާތުން ބޭރުކޮށްލީމެވެ. ޝަނާޔާ މަތިން އަހަރެންގެ ހަނދާންކުރަންޖެހޭނެ އެއްވެސް ސަބަބެއް މިހާރަކު ނެތެވެ. ދަރިއަކު ހުރީތީ އެ ދަރިފުޅުވެސް މި ދުނިޔެއާއި ވަކިވީއެވެ. އަހަރެންގެ ޙަޔާތް ފުރިހަމަވީ، ނީލަމްގެ ސަބަބުންނެވެ. މުޅި އުމުރުގެ ބާކީބައި އަހަރެން ހޭދަކުރަން ބޭނުންވީ، ނީލަމް އާއި އެކުގައެވެ. އުފަލާއި ހިތާމަތައް ޙިއްސާކުރަން ބޭނުންވާ ހަމައެކަނި އިންސާނަކީ އެއީ އެވެ. އިތުރަށް ޙަޔާތުގައި މަދުވާ އެކައްޗެއް ވެސް ނެތެވެ. މިއަދު އަހަރެން މިހުރީ އުފަލުންނެވެ. ދިރިއުޅުމުގައި ލިބުނު ފިލާވަޅަކުން ޢިބުރަތް ލިބިގަނެގެންނެވެ. ގިނަ ފަހަރަށް ނިޢުމަތެއްގެ އަގު ވަޒަންކުރެވޭނީ އެ ނިޢުމަތެއް އަތުން ބީވެގެން ދިޔުމުންނެވެ. އިންސާނާގެ ހިތަކީ ދުވަހަކުވެސް ފުރޭނެ އެއްޗެއް ނޫނެވެ. (ނިމުނީ)
ފަނާވިޔަސް
މާލެއަށް މީހުން އަރައިފޭބުން މަނާކޮށްފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އޭނާގެ ދާއިރާގެ ރަށް ތ. ތިމަރަފުށީގައި ހުންނެވުމަށް ފަހު ހުއްދަ ލިބިގެން މިއަދު މާލެ ވަޑައިގަތުމުން އާންމުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ. ތިމަރަފުށިން އޭނާ މާލެއަށް ދަތުރުކުރެއްވި ލޯންޗު މަތީގައި އިންވައި ނެންގެވި ފޮޓޯއަކާ އެކު، ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދުގެ ހިތްގައިމު ފަތިހު ވަގުތުގައި ރަށުން ފުރައިގެން އިރުމެދު ނުޖެހެނިސް މާލެ އާދެވިއްޖެ ކަމަށެވެ. އަދި ތިމަރަފުށީގަ ހޭދަކުރި 15 ދުވަހު އެކިގޮތްގޮތުން އެހީތެރިވެދެއްވި އެންމެންނަށް ޝުކުރު ދަންނަވާ ކަމަސް ވެސް ވަނީ ވިދާޅުވެފަ އެވެ. މާލެ ލޮކްޑައުންކޮށް އަދި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާކޮށްފައިވަނިކޮށް ރިޔާޒަށް މާލެ އެރުމުގެ ހުއްދަ ދިނުމުން އެކަމަށް އެތައް ބައެއްގެ ފާޑުކިޔުމާއި ސުވާލުތައް ވަނީ އަމާޒުވެފަ އެވެ. ބައެއް މަޖިލިސް މެމްމަބަރުންވެސް ދަނީ އެކަމާ ސުވާލު އުފައްދަމުންނެވެ. މިގޮތަށް މާލެ އަރުމުގެ ހުއްދައަކަށް ބައެއް އާންމުންނާއި އެހެނިހެންވެސް ބައެއް މަޖިލިސް މެމްބަރުން އެދިފައިވަނިކޮށް އެ ހުއްދަ އެޗްޕީއޭ އަދި ޕޮލިސް އިން ދީފައި ނުވާއިރު، ރިޔާޒަށް އެ ހުއްދަ ލިބުނީ ކިހިނެއް ކަމާ މެދު އާންމުން އަންނަނީ ކަންބޮޑުންވުން ފާޅުކުރައްވަމުންނެވެ. މިކަމާ ގުޅިގެން ރިޔާޒު "ސަން" އަށް ވިދާޅުވީ، އޭނާ ތިމަރަފުއްޓަށް ވަޑައިގެންނެވީ، މިމަހު 11 ވަނަ ދުވަހު ގޮސް ރިޓާން ޓިކެޓްގައި 15 ވަނަ ދުވަހު އަންނަ ގޮތަށް ކަމަށެވެ. ނަމަވެސް 15 ވަނަ ދުވަހު މާލެ ލޮކްޑައުންވުމުން މާލެ ނާދެވި ތާށިވީ ކަމަށް ރިޔާޒް ވިދާޅުވި އެވެ. "ބޯޑިން ޕާސް އަތުގައި އޮއްވާ މާލެ ލޮކްޑައުންވީ. އެ ޓިކެޓް ކެންސަލްވުމުން ތިމަރަފުށީގައި ތާށިވީ. 17 ވަނަ ދުވަހު އެޗްޕީއޭގެ އީމެއިލްއަށް [މާލެ އައުމުގެ] ހުއްދައަށް އެދި އީމެއިލް ކުރީ. ހުއްދަ ލިބުނީ 25 ގައި. 26 ގައި ފުރައިގެން އައީ،" ރިޔާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެޗްޕީއޭއަށް ހުއްދައަކަށް އެދުމުން ޖަވާބެއްގެ ގޮތުގައި ލިބުނީ ފުލުހުން މިކަމުގައި ޖަވާބެއް ދޭނެ ކަމަށެވެ. އަދި ހުއްދަ ލިބުނީ ފުލުހުންގެ ފަރާތުން ކަމަށް ރިޔާޒް ވިދާޅުވި އެވެ. ރިޔާޒަށް ހުއްދަ ދިނުމުން ތަފާތު ކުރުން ގެންގުޅޭކަމަށް ބުނެ ބައެއް އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އެގޮތުން އާންމު ނިކަމެތި މީހާއަށް ހުއްދަ ނުލިބިި، ރިޔާޒު މެމްބަރަކަށް ވުމުން ވަކި ގޮތަކަށް ކަންތައްކުރީކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ. ނަމަވެސް ރިޔާޒް އެކަން ދޮގު ކުރައްވަ އެވެ. ރިޔާޒު ވިދާޅުވީ، އޭނާ ހުއްދައަށް އެދުނީ މެމްބަރެއްގެ ހައިސިއްޔަތުން ނޫން ކަމަށެވެ. އަދި މެމްބަރެއްގެ ގޮތުގައި ހުރެ އެ ނޫފޫޒު ބޭނުން ނުކުރައްވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ. "މަޖިލިސް މެމްބަރެއްގެ ގޮތުގައި ނޫން ހުއްދައެއް އެދުނީވެސް. އަޅުގަނޑުގެ ކުންފުނީގެ ނަމުގައި ހުއްދައަށް އެދުނީ. އަޅުގަނޑާއެކު ތިމަރަފުށީގެ އާންމުންގެ 7 މީހަކަށްވެސް ހުއްދަ ލިބުނު. މާލެ އައީވެސް އަމިއްލަ ހަރަދުގައި،" އިތުރަށް ސާފުކޮށްދެއްވަމުން ރިޔާޒު ވިދާޅުވި އެވެ. ރިޔާޒަށް ހުއްދަ ދީނީ ފުލުހުން: މަބްރޫކު ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވާހަކަ ދައްކަވަނީ: ރިޔާޒަށް ހުއްދަ ދީފައި ވަނީ ފުލުހުން ކަމަށް ވިދާޅުވި -- ސަން ފައިލް ފޮޓޯ/ އަހްމަދު ސައީދު މިކަމާ ގުޅިގެން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވެސް "ސަން" އަށް ވިދާޅުވީ، މިކަމުގައި ހުއްދަ ދީފައިވަނީ ފުލުހުން ކަމަށެވެ. އަދި އެފަދަ ހުއްދަ އެއް އެންއީއޯސީގެ ލީގަލް ޓީމުން އަދި އެޗްޕީއޭ އިން ދީފައި ނުވާނެ ކަމަށް މަބްރޫކު ވިދާޅުވި އެވެ. "މިކަމުގައި ހުއްދަ ދީފައި ވަނީ ފުލުހުން. އެންއީއޯސީ ލީގަލް ޓީމަކުން އަދި އެޗްޕީއޭ އިން ހުއްދަ އެއް ދީފައި ނުވާނެ،" މަބްރޫކު ވިދާޅުވި އެވެ. މިއަދު މެންދުރު ފަހު އެންއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ އެސިޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ދެއްކެވި ވާހަކަ މަބުރޫކުގެ ވާހަކަތަކާ ތަފާތެވެ. ނަވީން ވިދާޅުވީ ރަށެއްގައި ހުރި މީހަކު މާލެ އައުމައްޓަކައި ފުލުހުން އެ މީހަކަށް ހުއްދަ ދިނުމުގައި އަމަލު ކުރަމުން އަންނަ ގޮތަކީ، އެޗްޕީއޭ އިން އެ ހުއްދައެއް ދިނުމުން ފުލުހުން އެކަމަށް ކުލަޔަރެންސް ދިނުން ކަމަށެވެ. "އެޗްޕީއޭ އިން އެބޭފުޅަކަށް ހުއްދަ ދެއްވީމަ، އަޅުގަނޑުމެން ހުއްދަ މި ދެއްވަމުން މި ގެންދަވަނީ. އެއީ އެޗްޕީއޭގެ އެންއީއޯސީގެ ލީގަލްއިން ހުއްދަ ދެއްވީމަ އަޅުގަނޑުމެން ހުއްދަ ދެއްވިގެން މިދަނީ،" މަޖިލިސް މެމްބަރަކަށް ހުއްދަ ދިނުމުގައި ވަކި ގޮތްތަކަށް އަމަލު ކޮށްފައިވާ ކަމަށް ބުނެ އެކަމާ ގުޅޭ ގޮތުން ސުވާލު ކުުރުމުން ނަވީން ވިދާޅުވި އެވެ. ނަމަވެސް ރިޔާޒަށް ހުއްދަ ދިނުމުގައި އަމަލު ކުރެއްވި ގޮތެއް ނަވީން ހާމައެއް ނުކުރައްވަ އެވެ. މިކަމާ ގުޅިގެން އިތުރަށް މައުލޫމާތު ސާފު ކުރުމަށް ފުލުހުންގެ މީޑިއާ އޮފިޝަލުންނަށް ގުޅުމުން ވިދާޅުވީ، އެކަމުގެ ޖަވާބު ވާނީ ނޫސްވެރިންގެ ބައްދަލުވުމުގައި އަރުވާފައި ކަމަށެވެ. އަދި ރިޔަޒަށް ހުއްދަ ދިނުމުގައި އަމަލު ކުރައްވާފައިވާ ގޮތަކީ ކޮބާތޯ ސުވާލު ކުރުމުން ވިދާޅުވީ، އެކަން އިތުރަށް ސާފު ކުރުމަށްފަހު ޖަވާބު އަރުވާނެ ކަމަށެވެ. މާލެ 14 ދުވަހުގެ މުއްދަތައް ލޮކްޑައުން ކުުރުމަށް ނެރުނު އަމުރުގައި މާލެއަށް މީހުން އެރުމާއި ފޭބުމަކީ މަނާކަމެކެވެ. އަދި އެކަމުގައި އިސްތިސްނާ ވަނީ، ޑިރެކްޓާ އޮފް ޕަބްލިކް ހެލްތް (ޑީޖީ) ކަނޑައަޅާ ފަރާތްތަކެކެވެ. އަދި އެ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ވަގުތާއި ހާލަތައް ރިއާޔަތްކޮށް، އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމުގެ ކަންކަން މަގުފަހިކޮށްދިނުމުގެ ޒިންމާ ހަވާލުކޮށްފައިވަނީ ފުލުހުންނާ ކަމަށްވެސް އެ އަމުރުގައި ބުނެ އެވެ.
ހުއްދަ ލިބިގެން އެމްޕީ ރިޔާޒު މާލެ އައުމުން ފާޑުކިޔަނީ
ޙަސަނުލްބަޞަރީ ވިދާޅުވެފައިވެއެވެ. ދުނިޔެއަކީ ތިންދުވަހެވެ. (އެއީ އިއްޔެއާއި މާދަމާއާއި އަދި މިއަދެވެ.) އިއްޔެ ވަނީ އެދުވަހުގައިވީ ހުރިހައިކަމަކާއެކު ފާއިތުވެގޮސްފައެވެ. މާދަމާ އާ ތިބާ ފަހަރެއްގައި ބައްދަލުނުވެދާނެއެވެ. ތިބާގެ ދުވަހަކީ މިއަދު އެވެ. (ވީމާ) މިއަދު އަމަލުކުރާށެވެ![البيهقي، 1987، 196] ދުނިޔޭގެ ހަގީގަތް ބުނެދިނުމަށްޓަކައި ދެވޭނެ މިއަށްވުރެ ވަކިން ހެޔޮ ނަސޭހަތެއް އޮންނާނެހެއްޔެވެ؟ މި ފަނާވަނިވި ހަޔާތުގައި ލިބިފައިވާ ކުޑަ ދުވަސްކޮޅުގެތެރޭގައި ދެކަމަކަށް ސަމާލުކަން ދޭންޖެހެއެވެ. 'އެއީ މަރުވުމަށްފަހު އަންނާން އޮތް ހަޔާތް ބާއްޖަވެރިކުރުމަށް މަސައްކަތްކުރުމާއެކު، ދުނިޔޭގެ އުފަލާއި އަރާމު ހެޔޮގޮތުގައި ލިބިގަތުމަށް މަސައްކަތްކުރުމެވެ.'[ޤަޞަޞް: 77] ދުނިޔެއާއި އާޚިރަތުގެ ހަޔާތް ބާއްޖަވެރިކުރުމަށްޓަކައި މަސައްކަތްކުރާއިރު، ދުވާލެއްގެތެރޭގައި ކަންތައްތައް ކުރިއަށް ގެންދާނެގޮތް، 'އިސްލާމީ ވިސްނުމަކުން' ސިކުނޑީގައި ރާވައިލާފައި ބޭއްވުމަކީ މުހިންމުކަމެކެވެ. މިގޮތުން ކޮންމެހެން ސަމާލުކަން ދޭންޖެހޭނެ މައިގަނޑު ހަކަމެއް ހުލާސާކޮށް ހުށަހަޅައިލާނަމެވެ. މިލިޔުމުގައި ހުރި ދުޢާތަކުގެ އިތުރުންވެސް، އެކި ވަގުތުތަކުގައި ކިޔުމަށް ޞައްޙަ މަގުން ވާރިދުވެފައިވާ ކިތަންމެ ދުޢާއެއް ހުންނާނެއެވެ. އަދި ރެޔާއި ދުވާލުގެ ކޮންމެ ވަގުތެއްގައިވެސް އެމީހެއްގެ އަމިއްލަ ބަހުން، އަމިއްލަ އިބާރާތުން، ﷲ އަށް ދުޢާކޮށް ކަންކަމަށް އެދި ދެންނެވުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް ހުޅުވިގެންވެއެވެ. ފަތިހު ހޭލުން ފަތިސް ނަމާދުގެ އިހު ސުންނަތް ކުރެވޭހައި ވަގުތުއޮއްވައި ހޭލަން އާދަކުރަންވާނެއެވެ. ތަންމަތިން ތެދުވުމުގެ ކުރިން "الحَمْدُ للهِ الَّذِي أحْيَانَا بَعْدَمَاأَمَاتَنَاوَإِلَيْهِ النُّشُور" ކިޔަންވާނެއެވެ. ފާޚާނާއަށް ވަންނައިރު "اللهُمَّ إنّي أَعُوْذُ بِكَ مِنَ الْخُبْثِ والْخَبَائِثِ" ކިޔުމަށްފަހު ވައަތުފައި އިސްކޮށް ވަންނާނީއެވެ. ވުޟޫކޮށްގެން "أَشْهَدُ أَن لاَإِلهَ إلاَّالله وَحْدَهُ لاَشَرِيْكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُوْلُهُ، اللهُمَّ اجْعَلْنِي مِنَ التَّوَّابِيْنَ، وَاجْعَلْنِي مِنَ الْمُتَطَهِّرِيْنَ " ކިޔަންވާނެއެވެ. އަދި ކަނާތުފައި އިސްކޮށް ފާޚާނާއިން ނިކުންނަމުން "غُفْرَانَكَ" ކިޔަންވާނެއެވެ. ހެދުން ލާއިރު ކިޔާ ދުޢާ "الحَمْدُ للهِ الَّذِي كَسَانِي هَذَا وَرَزَقَنِيْهِ مِنْ غَيْرِ حَوْلٍ مِنِّي ولاَ قُوَّةٍ" ކިޔާށެވެ. ނަމާދާއި ޒިކުރު މަޤުބޫލު އުޒުރެއްނެތްނަމަ ފިރިހެނުން ފަރުޟު ނަމާދުކުރަންވާނީ މިސްކިތުގައެވެ. ސުންނަތް ނަމާދުތައް ގޭގައި ކުރުން ރަނގަޅެވެ. ކޮންމެ ނަމާދަކަށްވެސް ބަންގި ގޮވުމުގެ ކުރިން މިސްކިތަށް ދެވޭތޯ މަސައްކަތް ކުރަންވާނެއެވެ. ގެއިން ނިކުންނަމުން "بِسْمِ اللهِ ، تَوَكَّلْتُ عَلَى اللهِ، لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِالله" ކިޔަންވާނެއެވެ. މިސްކިތަށް ދާ މަގުމަތީގައިވެސް ކޮންމެވެސް ޒިކުރެއް ކިޔަމުންދާށެވެ. މިސްކިތަށް ވަންނަމުން ކިޔާ ދުޢާތަކުގެތެރެއިން ދުޢާއެއް ކިޔާށެވެ. މިސާލަކަށް: "أَعُوْذُ بِاللهِ الْعَظِيْمِ، وَبِوَجْهِهِ الْكَرِيْمِ، وَسُلْطَانِهِ الْقَدِيْمِ، مِنَ الشَّيْطَانِ الرَّجِيْمِ" ކިއިދާނެއެވެ. ބަންގީގެ އަޑު އިވުމުން ބަންގިއަށް އިޖާބަދޭށެވެ. އެއަށްފަހު ބަންގި ދުޢާ ކިޔާށެވެ. ފަރުޟު ނަމާދުތަކުގެ އިސްފަހުގައި ކުރެވޭ ސުންނަތް ނަމާދުތައް ކުރުމަށް ސަމާލުކަން ދޭންވާނެއެވެ. ސުންނަތްކޮށް ނިމޭއިރު ޖަމާޢަތަށް ނުގޮވާނަމަ ޤުރުއާނުން ތަންކޮޅެއް ކިޔަވައިލާށެވެ. ޖަމާޢަތަށް ގޮވުމުން، އިމާމާއާ އެންމެ ގާތް ސަފަކުން ޖާގަ ލިބޭތޯ މަސައްކަތްކުރަންވާނެއެވެ. ފަތިސް ނަމާދު ކޮށް ނިމިގެން، އިރުއެރުމާ ދެމެދު އޮންނަ ވަގުތު ޒިކުރު ކުރުމާއި ޤުރުއާން ކިޔެވުމުގައި ހޭދަކޮށްފިނަމަ ވަރަށް ގިނަ ސަވާބު ޔަގީންވީއެވެ. ހެނދުނު ކިޔުމަށް ވާރިދުވެފައިވާ ޒިކުރުތައް ކިޔުމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ. އަދި ދުނިޔެއާއި އާޚިރަތުގެ ހެވާއި ލާބައަށްޓަކައި ދުޢާކުރާށެވެ. މިސްކިތުން ނިކުންނަމުން ކިޔާ ދުޢާ "بِسْمِ الله وَالصَّلاَةُ وَالسَّلاَمُ عَلَى رَسُوْلِ الله ، اللّهُمَّ إِنِّيْ أَسْأَلُكَ مِنْ فَضْلِكَ، اللّهُمَّ اعْصِمْنِيْ مِنَ الشَّيْطَانِ الرَّجِيْم" ކިޔާށެވެ. ބޭރުން އެނބުރި ގެއަށް އައިސް ވަންނަމުން "بِسْمِ الله وَلَجْنَا، وَبِسْمِ اللهِ خَرَجْنَا، وَعَلَى رَبِّنَا تَوَكَّلْنَا" ކިޔަންވާނެއެވެ. އަސުރުނަމާދަށްފަހު އިރު އޮއްސުމުގެކުރިން، ހަވީރުގެ ޒިކުރުތައް ކިޔާލަން ހަނދާންކުރަންވާނެއެވެ. އިރާދަމު ކުރަން ރާވާފައިހުންނަ ކަންތައްތައް ނިންމައިލުމަށްފަހު، މާބޮޑަށް ދަންނުވަނީސް ނިދަން އާދަކުރަންވާނެއެވެ. ދަންވަރުގެ ފަހުބައިގައި (ދޭއް ދެގަޑި ބައިހާއިރު) ތެދުވެ ދަމުނަމާދުކޮށްލުން ވަރަށް ބޮޑަށް ރަނގަޅެވެ. ކެއުމާއި ބުއިން ހެނދުނުގެ ނާސްތާއިން ފެށިގެން ރޭގަނޑުގެ ކެއުމާ ހަމައަށް، ރަނގަޅު އުސޫލެއްގެ މަތީން ކެއުމާއި ބުއިމުގެ ކަންތައް ކުރިއަށް ގެންދަންވާނެއެވެ. ކުޅަދާނަކަން ލިބިގެންވީ މިންވަރަކުން، ސިއްހަތަށް ފައިދާ ހުރި ރަނގަޅު ކާނާ ބޭނުންކުރެވޭތޯ ބަލަންވާނެއެވެ. ކެއިންބުއިމުގައި އިސްރާފުކޮށްގެންނުވާނެއެވެ. ކެއުމަށްޓަކައި ތައްޔާރުކުރެވޭ އެއްޗަކުން، (ދުވާލަކު އެއްއިރުނަމަވެސް) އަވައްޓެރިއަކަށް ނުވަތަ ރަޙުމަތްތެރިއަކަށް ނުވަތަ އެނޫންވެސް މީހަކަށް އެތިކޮޅެއް ދެވޭތޯ ބަލަންވާނެއެވެ. ކެއުމުގެ ކުރިން "بِسْمِ الله" ކިޔަންޖެހޭނެއެވެ. ކާނީ ކަނާއަތުންނެވެ. އުލާއި ވަޅި ބޭނުންކޮށްގެން ކެޔަސް މިކަމަށް ސަމާލުކަންދޭންވާނެއެވެ. ކައި ނިމިގެން ﷲ އަށް ޙަމްދުކުރަންވާނެއެވެ. މިސާލަކަށް "الْحَمْدُ للهِ الَّذِي أَطَعَمَنِيْ هَذَا، وَزَرَقَنِيْهِ، مِنْ غَيْرِ حَوْلٍ مِنِّيْ وَلاَ قُوَّةٍ" މި ދުޢާ ކިއިދާނެއެވެ. ކަސްރަތުކުރުން ހަށިގަނޑުގެ ދުޅަހެޔޮކަމަށްޓަކައި ކޮންމެވެސް ކަހަލަ ކަސްރަތެއް ކޮށްލުން އެދެވިގެން ވެއެވެ. އާދަކޮށް ވަކި ކަސްރަތެއް ކުރާ މީހަކުނަމަ އެ ކަސްރަތެއް ކުރުމުގައި ވަގުތުކޮޅެއް ހޭދަކޮށްލެވިދާނެއެވެ. އެހެންނޫންކަމުގައިވާނަމަ ހިނގައިލުން ނުވަތަ ދުވެލުންފަދަ ލުއި ކަސްރަތެއްވެސް ކޮށްލެވިދާނެއެވެ. ދުވާލެއްގެތެރޭގައި ކަސްރަތުކުރުމަށް ރާވައިލާފައިވާ ގޮތެއްގެމަތީން، އެކަމަށް ކަނޑައަޅައިފައިވާ ވަގުތެއްގައި އެކަން ކުރެވިދާނެއެވެ. ދިރިއުޅުމަށްޓަކައި ކުރެވޭ މަސައްކަތްތައް ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތާއިގެން ކުރިއަށް ދާށެވެ. މަސައްކަތުގައި އުޅޭއިރު؛ ބޭކާރު ވާހަކަތައް ނުދައްކާށެވެ. ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރާށެވެ. މަސައްކަތުގައި ބޭނުންކުރެވޭ ތަކެތިން އިސްރާފު ނުކުރާށެވެ. ކުޑަކުޑަ ވަގުތުކޮޅެއް ހޯދާލައިގެން، ނުވައެއް ދިހައެއްޖަހައިލާހާއިރު ޟުޙާ ނަމާދު އަދާކުރާށެވެ. އެންމެ ލަސްވެގެންވެސް މެންދުރުގެކުރިން އެ ނަމާދުކޮށްލަންވާނެއެވެ. ނުކޮށްދުކޮށްލާވަރަށްވުރެ އެ ނަމާދުގެ ދަރުމަ މާބޮޑެވެ. މަސައްކަތުގައި އުޅޭއިރުވެސް ފަރުޟު ނަމާދުގެ ވަގުތު ޖެހުމުން، އެ ނަމާދެއް އޭގެ ވަގުތުގައި އަދާކުރާށެވެ. އެމީހެއްގެ މަސައްކަތުގެ މާހައުލުން ތަނަވަސްކަން ލިބިގެންވީ ގޮތަކަށް ނަމާދު އަދާކުރީމާ ރަނގަޅުވާނެއެވެ. މިސާލަކަށް، މަސްވެރިން ދޯނިމަތީގައި ނަމާދުކުރާނީއެވެ. މިސްކިތާ ދުރުގައި ހުންނަ މަދަރުސާ ނުވަތަ އޮފީހުގައި ޖަމާޢަތް ހަދައިގެން ނަމާދުކުރާނަމަ އެގޮތަށް ކުރާނީއެވެ. އެހެނިހެން ކަންތައްތައް ވަގުތު ތަންދޭގޮތަކުން، ހުސްވަގުތުގައި ކުރުމަށް ރާވައިފައިހުންނަ އެކި ކަންކަން ކުރާށެވެ. މިސާލަކަށް މެންދުރުފަހު ކުޑަ ވަގުތުކޮޅަކަށް ނިދައިލުން، ޓީވީ ބެލުން، ގޭމެއް ނުވަތަ ކުޅިވަރެއް ކުޅެލުން، ފޮތް ކިޔުން، ޤުރުއާން ހިތުދަސްކުރުން، ފޮތް ނުވަތަ މަޒުމޫނު ލިޔުން، ޢިލްމީ ދިރާސާތައް ކުރުމާއި އައު އީޖާދުތައް ކުރުމަށް މަސައްކަތްކުރުން، އާއިލާގެ މެންބަރުންނާއެކު ކާއެއްޗެއް ތައްޔާރުކޮށްލުން، އާއިލާގެ މީހަކަށް ނުވަތަ ރައްޓެއްސަކަށް ގުޅާލައިގެން ވާހަކަދައްކައިލުންފަދަ ކަންތައްތައް ކުރެވިދާނެެއެވެ. ގައުމީ އަދި އިޖުތިމާއީ ކަންތައްތަކުގައި، ވެވެން އޮތް މިންވަރަކަށް ބައިވެރިވެލުން ވަރަށް ރަނގަޅެވެ. މިފަދަގޮތަކަށް ކަންކަމާމެދު ވިސްނުން ބަހައްޓައިގެން އުޅެފިނަމަ، ދިރިއުޅެން ލިބިފައިވާ ދުވަސް ހެޔޮގޮތުގައި ހޭދަކުރެވި، ދެދުނިޔޭގެ ބާއްޖަވެރިކަމަށްޓަކައި މަސައްކަތްކުރެވޭކަމުގެ ހިތްހަމަޖެހުން ލިބޭނެކަން ޔަގީނެވެ.
ރޯދައިގެ ވަސިއްޔަތް: ދިރިއުޅެން ލިބިފައިވާ ދުވަސް ހެޔޮގޮތުގައި ބޭނުންކުރަމާ!
އިތުރު 35 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ރާއްޖެއިން އެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 897 އަށް އަރައިފިއެވެ. އެޗްޕީއޭ އިން ބުނީ މިރޭ 3:00 ގައި ލިބުނު ނަތީޖާތަކުން ބަންގްލަދޭޝްގެ 14 މީހަކާއި 14 ދިވެހީންނާއި އިންޑިއާގެ ހަތް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. ރާއްޖެއިން ކޮވިޑް ޖެހޭ މީހުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ކުރިއަށް އޮތް ދެ ހަފްތާއަކީ މާލެއަށް ކޮވިޑްގެ ނުރައްކާ އެންމެ ބޮޑުވާނެ ދުވަސްވަރު ކަމަށް ޑޮކްޓަރުން އަންނަނީ ބުނަމުންނެވެ. ރާއްޖެއިން ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން މިހާތަނަށް އެ ބަލިން ރަނގަޅުވީ މަދު ބައެކެވެ. މިހާތަނަށް ރަނގަޅުވީ 31 މީހުންނެވެ. އެ ބަލީގައި ސީރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަނީ ހަތަރު މީހެކެވެ. އޭގެތެރެއިން ދެ މީހަކަށް ފަރުވާ ދެމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައެވެ. އަދި އަނެއް ދެ މީހުންނަށް ފަރުވާދެމުން އަންނަނީ ޓްރީޓޮޕް ހޮސްޕިޓަލްގައެވެ. ރާއްޖެއިން ކޮވިޮޑް ކޮންޓްރޯލް ކުރުމަށް އަޅާ ޚާއްސަ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުމެއް ނެތި ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ.
އިތުރު 35 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ޖުމްލަ އަދަދު 897 އަށް އަރައިފި
"ޔޫހަންނާ އަޅުގަނޑާއި މަސައްކަތެއް ހަވާލުކޮށްފައިވޭ. މިހުރިހާ ދުވަހު އަރަބިންނާއި ހަގުރާމަކުރަން ހަދައިގެންނާ ޔޫހަންނާ އަވަހާރަވުމުގެ ސަބަބުން އެ ވަޒީފާ އަދާ ނުކުރެވި މިއޮތީ. އަޅުގަނޑު އަމާނާތްތެރިކަމާއެކު އޭނާ ވިދާޅުވިކަންތައް ފުރިހަމަކޮށްދޭން މިހިރީ. އޭނާ ތަންކޮޅެއްކުރިން އަޅުގަނޑާ ދެއްކެވި ވާހަކައެއްގައި ލޫސީގެ ކައިވެނީގެ ކުރިން އޭނަ މަރުވެދާނެއޭ ކިޔާފައި ވާހަކަފުޅު ދެއްކެވި. އަޅުގަނޑަށް ޗާޓެއް ދެއްކެވި. އޭގައި އެބުނާ ސިއްރުތަނަަށް ސާހިބު ކަމަނާ ގެންގޮސްދޭން އަޅުގަނޑާ ހަވާލުކުރެއްވި........................." ސާޖީގެ އެ ޖުމްލަތަކުން ލޫސީގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔުމާއެކު ތުންފަތުގައި ދަތްއަޅާލެވިއްޖެއެވެ. އެފަދަ ކަމެއްކުރަން ބޮޑުބޭބެ ސިފައިންގެ މީހަކާ ހަވާލު ކުރެއްވީ ކީއްވެހެއްޔެވެ؟ "ބޮޑުބޭބެ އަޅުގަނޑުކައިރީ ނުބުނާ ސިއްރެއް ނުވާނެ. ދުވަހަކު ކަލޭގެ ވާހަކައެއް ނުދައްކަވާ...." ލޫސީ ފަރުވާތެރިކަމާއެކު އެލޮލަށް ބަލައިލިއެވެ. "އެކަމަކު އަޅުގަނޑަށް ހީވާ ގޮތުން މި ސިއްރު ޔޫހަންނާ ވިދާޅުނުވެ ހުއްޓާ އޭނާ އަވަހާރަވީ..." ސާޖީ ކުޑަކޮށް ހީލަމުން އަނެއްކާވެސް ވަށައިގެން ހޯދާ ބަލާލައިފިއެވެ. "ކޮން ސިއްރެއްތަ؟ދުރުދުރުން ނުގެންގޮސް ސީދަލަށް ބުނެފާނަންތަ؟"ލޫސީ ނުތަނަވަސްވިއެވެ. "ޚަޒާނާއެއްގެ ވާހަކަ.." "އެ ވާހަކަ ބޮޑުބޭބެ ވިދާޅުވި.."ލޫސީ ބުނެލިއެވެ. "އެހެންތޯ؟ ވީއިރު އަޅުގަނޑަށް ކަމަކާ ނުލާ ސާހިބުކަމަނާގެ ވަގުތުތައް ބޭކާރުކޮށްލެވިއްޖެ. އަޅުގަނޑަށް މާފުކުރައްވާ. ހަލަބު ޝަހަރުގެ ފަރުބަދަތަކުގެ ތެރޭގައި އެވާ ވާދީއަށް ވުރެ ފުރިހަމަ ތަނެއް ކަމަނާ ދެކެވަޑައިގެންނެވިންތަ؟ " "އެތަނަކަށް ނުދަން. ބޮޑުބޭބެ އަވަހާރަވީފަހުން އެ ޚަޒާނާގެ ވާހަކަ އެނގުނީ....." ލޫސީ ބުނެދިނެވެ. "ޔޫހަންނާ އަތްޕުޅުގައި ޗާޓްވެސް އޮތްވާ ދެކުނިން....." "އެޗާޓު އަހަރެންގެ އަތުގައި މިހާރު ވީ..." ލޫސީ ބުނެލިއެވެ. "ލައްބަ. އަޅުގަނޑު ދެނެހުރިން. އަޅުގަނޑު ލައްވާ ޔޫހަންނާ ވައުދުކުރުވީ ކަމަނާއަށް މަގުދައްކާ އެ ވާދީއަށް ގެންގޮސްދޭން. ސާހިބުކަމަނާއަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން ރޫމީންނާއި އަރަބިންނާ ދޭތެރޭ މިއޮތީ ހަގުރާމަ ހިނގަ ހިނގާ. އަޅުގަނޑަކީ ސިފައިންގެ މީހަކަށް ވުމުން ދިރިހުރުމާ މެދު ޔަގީންކަމެއް ނޯންނާނެ. ކޮންމެ ދުވަހަކުވެސް މަރުވެދާނެ. ކުރިމަތީގައި މަރު ހިޔަނިވޭވޭ އަބަދު މިހުންނަނީ. އެހެންވެ އަޅުގަނޑު މަރުވުމުގެ ކުރިން ސާހިބު ކަމަނާ އެވާދީއަށް ގެންގޮސް ޔޫހަންނާގެ ވައުދު ފުރިހަމަކޮށްދޭން ކޮންމެހެންވެސް އެބަ ޖެހޭ. އެއީ ދުނިޔެމަތީގެ ސުވަރުގެ. އެފަދަ ދެވަނަ ވާދީއެއް މި ބިންމައްޗަކު ނުލައްވާނެކަން ޔަގީން. ތަފާތު ވައްތަރުގެ މާ ތަކާއި މޭވާތައް އަޅާ ބަރާވެފައި ހުންނަ ގަސްތަކާއި ފެން ހިނގާ ކޯރުތަކުން އެތަން ޒީނަތްތެރިވެފައިވޭ. ދޫނިތައް އުދުހި އުދުހި. އިންސާނަކު އެތަނަށް ގޮއްސިއްޔާ އަނބުރާ އަންނާކަށް ބޭނުމެއްވެސް ނުވާނެ. އެތަނުގައި އުޅެންލިބޭނީ ނަސީބު ރަގަޅު ބަޔަކަށް ކަމާއިމެދު ޝައްކެއް ނެތް........." ސާޖީ އޭނަގެ ތަޖުރިބާތައް ކިޔައިދިނެވެ. ލޫސީގެ ހިތުގައި އެ ވާދީއާއިމެދު ޝައުގު އުފެދުނެވެ. "އެކަމަކު ޝަހަރާއި ހަމަޔަށް ދާނެގޮތެއް ބުނެބަލަ. އަރަބިން އެތިބީ ކިއްލާ ހިސާރަކޮށްގެނެއް ނޫންތަ؟ ވަށައިގެން ދޫންޏަކަށްވެސް އެމީހުންނަށް ނޭގި އުދުހިފައި ނުދެވޭނެޔޯ އެކިޔަނީ....." ލޫސީ ހަނދާންކޮށްދިނެވެ. "މިހާރު އެހާ ފަރުވާތެރިކަމާއެކު އެމީހުންވެސް ބަލާނެހެން ހިޔެއްނުވޭ. އަޅުގަނޑުމެން އެތަނަށް ދާނީ ރޭގަނޑު. ރޭގަނޑު ހަނދުވަރުގެ އަލީގައި ވާދީ ފެނިއްޖެއްޔާ އަދި އެތަނުގެ ހަގީގީ ރީތިކަން ހާމަވާނީ" ސާޖީ ކިޔައިދިނެވެ. ލޫސީ ކުޑަކޮށް ވިސްނައިލުމަށްފަހު ފެހި ލޮލުގެ ވިދުވަރު ގަދަވިއެވެ. "އެންމެ ރަގަޅު. މިރޭ ތި ވާދީއަށް ދާނީ. އަހަންނާއިއެކު އެހެން ދެމީހުން ގެންދާނަން..." ލޫސީ ނިންމިގޮތުން ސާޖީގެ މޫނުގެ ކުލަވަރު ވަގުތުން ބަދަލުވިއެވެ. "ސާހިބުކަމަނާ. ޔޫހަންނާ އެހާ ސިއްރުކުރައްވާފައި އޮތް ޚަޒާނާއެއްގެ ޚަބަރު އަދި އެހެންމީހުންނަށް އޮޅުން ފިލުމަކީ ރަގަޅުކަަމަކަށް ނުވެ ހިނގައިދާނެ. ޔޫހަންނާ އަޅުގަނޑަށް ވަސިއްޔަތް ކުރެއްވީ ހަމައެކަނި ކަމަނާއަށް މަގު ދެއްކުން. އެހެންމީހަކު ގެންދާކަށް ނުބުނޭ. އެކަމަށް އަޅުގަނޑު ވައުދުވިން. ދެން އެހެންމީހަކު ގެންދަންޏާ އަޅުގަނޑަށް ތިކަމުގައި ބައިވެރިވާކަށް ނުކެރޭނެ..." ސާޖީ ބުނެލިއެވެ. ލޫސީ ފުންނޭވާއެއް ދޫކޮށްލިއެވެ. "މީހުން ގިނަވާން ފެށުމުގެ ކުރިން އަވަހަށް ގޮތެއް ނިންމަވާ. އަޅުގަނޑުވެސް ވަރަށް އަވަދިނެތި އުޅެމުން މިއަދު ޗުއްޓީ ނަގައިގެން ކޮންމެހެންވެސް މިއައީ..." "ދެމީހުން ކިއްލާއިން ބޭރަށް ދާނީ ކިހިނެއްތަ؟ ގަނޑުވަރުގެ ދޮރާށީގައި ފާރައަށް ތިބޭ މީހުންވެސް ހިފަހައްޓަފާނެ......" "ކިއްލާއިން ނިކުންނަން ސިއްރު ދޮރާށްޓެއް ހުންނަކަން އެނގޭނީ މަދު ބަޔަކަށް. އެތަނުގައި ފޯރިމަރާ ސިފައިންނެއް ނުތިބޭނެ. އެހިސާބަށް ދަނިކޮށް އަޅުގަނޑުމެންނަށް ކިއްލާއިން ނުކުމެވިދާނެ. އަރަބިންގެ އަތްދަށު ވެއްޖެއްޔާ އަޅުގަނޑުމެން ރޮލާ ކާލަފާނެ. އަނިޔާވެރި ނުބައި ބަޔެއް އެއީ....." ސާޖީގެ މޫނު އަލިވެގެން ދިޔުމާއެކު ކުޑަކޮށް ހެވިއްޖެއެވެ. "އެކަމަކު ދެމީހުން އެކަނި ދާކަށް އަހަންނަށް ނުފެނޭ.." ލޫސީ ފަސްޖެހޭގޮތްވިއެވެ. ސާޖީގެ އުއްމީދު ގެއްލޭގޮތްވުމާއެކު ފިނިވަމުން ދިޔަ ދެއަތްތިލަ އުނގުޅައިލެވުނެވެ. އޭނަ ލޫސީއަށް ވިސްނައިދޭން ބޭނުންކުރާނެ ލަފުޒުތަކެއް ސިކުނޑީގައި އަތުރައިލަން މަސައްކަތްކުރިއެވެ. ނަމަވެސް ދުލަށް އެންމެ ލަފުޒެއްވެސް ނައެވެ. މަޖުބޫރު ކުރަން ހަދައިގެން އިތުރު މައްސަލަ ގަނޑެއް ނިކުމެދާނެއެވެ. "އެންމެ ރަގަޅު ކަމަނާއަށް ފެންނަގޮތެއް.."ސާޖީ ދާން އެނބުރުނެވެ. ބޮޑުބޭބެ ޚަޒާނާއެއް ދޫކުރައްވާ އެފަދަ މުހިއްމުކަމެއް އެންމެ އިތުބާރުކުރައްވާ ސިފައިންގެ މީހަކާއި ހަވާލުކުރުމުން އެކަމަށް ކުރިމަތި ލުމެއް ނެތި ފަސްޖެހުމަކީ ފިނޑިކަމެއްކަމުގައި އެވަގުތު އޭނާގެ ޟަމީރު އެންގިއެވެ. އޭނާއަކީ ރަސްދަރިކަނބަލެކެވެ. ހިތްވަރުގަދަ ޖެހިލުންކުޑަ އަންހެންކުއްޖަކަށްވާން ޖެހޭނެއެވެ. ފިނޑިކަމަކީ އެފަދަ ކުއްޖެއްގެ ގައިގާ ހުރެގެންވާނެ ޚަސީލަތެއް ނޫނެވެ. އެ ޚަޒާނާ ބައްޕައަށް ހޯދާދީ ބައްޕަ އަށް ޚިދުމަތެއް ކޮށްދެވިއްޖެއްޔާ ބައްޕަ ކިހާ އުފާވާނެހެއްޔެވެ؟ އަރަބިންނާއި ދެކޮޅަށް ކުރާ ހަގުރާމައިގާ އޭނާއަށްވެސް ބޮޑު ކަމެއް ކޮށްދެވުނުކަމަށް ނަންވާނެއެވެ. ރަސްދަރިކަނބަލެއްގެ މަގާމު އޭނައަށް ހައްގުކަން އޭނާ އެންމެނަށް ސާބިތުކޮށްދޭނެއެވެ. "ސާޖީ. އަހަރެން ކަލެއާއެކު ދާނަން.." ލޫސީ ބުނެލިއެވެ. ސާޖީގެ ހިތަށް ލިބުނު އުފާވެރިކަން ބަޔާންކޮށެއް ނުދެވޭނެއެވެ. "މިިރޭ ބާރަޖަހާއިރު ގަނޑުވަރު ދޮރާށީގެ ބޭރުގައި އަޅުގަނޑު އިންތިޒާރުކުރާނަން..." ސާޖީ ދުރަށް ބަލަން ހުރެ ބުނެލިއެވެ. ލޫސީވެސް އެގަޑިއަށް އަންނާނެކަމަށް ބުނެ އެތަނުން ދާން ހިނގައިގަތުމުން ނަޒަރު އެއްފަރާތް ކޮށްލަން ނޭގިފައި ހުރެވުނެވެ. ލޫސީ ލޯމަތިން ގެއްލުމުން އޭނަ ފައްޅިއަށް ވަދެ އަޅުކަން ކުރާތަނުގައި ކުޑަކަކޫ މައްޗަށް ތިރިވިއެވެ. އޭރު ލޮލަށް ކަރުނަ ޖަމާވެ ސައިލެއް ފަދައިން ތިރިއަށް އަންނަން ފެށިއެވެ. އޭނާ ދުޢާކުރަން ފެށިއެވެ. "ޖީސަސް ކްރައިސްޓް. އަޅުގަނޑު މި ހިތާމައިގާ ނިމިގެން ދަނީ. ތިފަރާތަށް އެންމެ ބޮޑަށް އެނގިވަޑައިގަންނަވާނީ އަޅުގަނޑު ބޭނުންވަނީ ކޮންކަމެއް ކަން. އަޅުގަނޑަށް ކާމިޔާބު ދެއްވަން ބައްޕަ އަރިހު ދަންނަވާ ދެއްވާ. ނޫނީ އަޅުގަނޑު މި ހިތާމައިގާ މަރުވެދާނެ.............." އޭނާ ރޮއިރޮއިފާ ދުޢާކުރުމަށްފަހު ނިކުތް އިރު ޔޫހަންނާގެ މަގުބަރާގައި މީހުން ގިނަވާން ފަށައިފިއެވެ. އޭރު އަވިވެސް ގަދަވާން ފަށައިފިއެވެ. މާތައް އަޅާލެއް ގިނަކަމުން މެންދުރުވާއިރަށް މަގުބަރާ ފެންނަނީ ބޮޑު މާ ފުންޏެއްގެ ސިފައިގައެވެ. މީހުން އެންމެ ގިނައިން އަންނަ ޒިޔާރާތެވެ. އޭނައަށްވެސް އެފަދަ މާތް މީހަކަށް ވެވޭނެނަމަ އޭ ހިތަށް އަރާފައި ދުޢާކޮށްލެވުނެވެ. *** ލޫސީ މުޅި ދުވަސް ހޭދަކުރީ ތަފާތު ޚިޔާލުތަކުގައެވެ. ރޭގަނޑަށް އިންތިޒާރު ކުރުމުގައެވެ. ޝައުގުވެރިކަން ހުރީ ހަމައެކަނި އެ ވާދީ އަކަށް ނޫނެވެ. ޚަޒާނާއާއިމެދު ވަރަށް ވިސްނިއެވެ. އޭނާގެ ބޮޑުބޭބެ ހާދަ ރަގަޅޭ ހިތަށް އެރިއެވެ. ހަނގުރާމައިގެ ދުވަސްވަރު ކަމުން ސަރުކާރުގެ ޚަޒާނާވެސް ހުންނާނީ ހުސްވާން ކައިރިވެފައެވެ. ސިފައިންނަށް ހަތިޔާރު ގަތުމުގެ އިތުރުން ހެދުމާއި ކެއުން ބުއިމަށްވެސް އެތައް ޚަރަދެއް ދާނެއެވެ. މިފަދަ ކަމެއް ގައި ބައްޕަ ހުންނަވާނީ މާލީ އެހީތެރިކަމަށް ބޭނުންފުޅު ވެފައެވެ. މި ޚަޒާނާ ހުރި ތަން ދައްކާ އެ ހަދިޔާކުރުމުން ބައްޕަ ކިހާ އުފާވާނެހެއްޔެވެ؟ބައްޕަ ފަޚުރުވެރިވާފަދަ ދަރިއަކަށް އޭނަ ވާނެއެވެ. ބޮޑުބޭބެއަށް ހިތާހިތުން ޝުކުރު ދެންނެވުނު އަދަދެއްވެސް ނޭގެއެވެ. އިރުއޮއްސެން ކައިރިވުމުން ޔޫހަންނާގެ މަގުބަރާއަށް ޒިޔާރާތްކޮށް ވަގުތުކޮޅެއް ހޭދަކުރިއެވެ. ޝުކުރުކުރިއެވެ. ކަރުނަ އެޅިއެވެ. ގަނޑުވަރަށް އައިތަނާ އޭނާއަށް ފެނުނީ އެހެން ކަހަލަ މަންޒަރެކެވެ. ދާނިޔަލް އާއި މަރިޔަމްއެވެ. ދާނިޔަލް ދިން އެއްޗެއް ކަރުވަޅަށް ލުމަށްފަހު ރަކިގޮތަކަށް މަރިޔަމް އިސްޖެހިއެވެ. މަރިޔަމް ގަނޑުވަރުގައި އުޅެން ފެށިފަހުން އެދެމީހުންގެ ގުޅުން ކުރިއަށް ވުރެ ވަރުގަދަވެފައިވާހެން ހީވެއެވެ. އެކަމާ ވިސްނަމުންގޮސް ބައެއްފަހަރު ލޫސީ ހާސްވެއެވެ. ދެމީހުންގެ ލޯބީގެ ގުޅުމެއް އޮވެ އެކަން މަންމައަށް އެނގިވަޑައިގެންފިއްޔާ ވާނީ ކިހިނެއްހެއްޔެވެ؟ މަންމައަށް ކިރިޔާ ޝައްކެއް ވިޔަސް މަރިޔަމްގެ ދުވަސް ދިޔައީއެވެ. އިރުކޮޅެއްފަހުން މަރިޔަމް އޭނައާއި އަރާ ހަމަކުރިއެވެ. "ސާހިބުކަމަނާ. ކޮންތާކުންތޯ؟ " "ބޮޑުބޭބެގެ މަގުބަރާއަށް ދިޔައީ. މަރިޔަމް. ޚާދިމާއިންގެ ލޯތައް ނިކަން ތޫނުވާނެ. ބަލައިގެން އުޅެއްޗޭ...." "އޯ..މީހަކު އެއްޗެކޭ ބުނިތަ.." މަރިޔަމް މޭގައި އަތް އެޅިއެވެ. "އަދިއެއް ނުބުނޭ...." "ތި ނަސޭހަތް އަބަދު ހިތުގައި ބާއްވާނަން..." "ދާނިޔަލް ކޯނޗެއް ދިނީ؟ " ލޫސީ ހީގަތެވެ. ރޭގަނޑު ކެއުމަށްފަހު ލޫސީ މަރިޔަމް ގާތު އެދުނީ އޭނަ ނިދާ ބަޔަށް މިރޭ ދިޔުމަށެވެ. މިރޭ އެކަނިވެރިކަން ބޭނުންވާ ކަމުގައެވެ. އެބުނި ބަސްތަކާއިމެދު ވިސްނާލުމުން މަރިޔަމްއަށް ދޭހަވީ އެހެން އެއްޗެކެވެ. ލޫސީ ސިއްރުން ލާވަންއާއި ބައްދަލުކުރަނީ ބާވައޭވެސް ހިތަށް އެރިއެވެ. ލޫސީ ސީރިޔަސްވެފައި ހުރިވަރުން އިތުރަށް އަހާކަށް ނުކެރުނެވެ. މަރިޔަމް ދިޔުމާއެކު ލޫސީ ޗާޓު ނަގާ މޭޒުމަތީގައި ފަތުރާލައިފިއެވެ. އުށްބައްތިތަކުގެ އަލީގައި ނިކަން ރަގަޅަށް އޭގައި ފާހަގަކޮށް ތިކިޖަހާފައި ހުރި ތަންތަން ހިތުގައި ނޯޓްކޮށްލައިފިއެވެ. ޗާޓު ގެއްލުނަސް ގައިމު ހިތަކުން ފޮހެވިގެން ދެން ނުދާނެއެވެ. އެއަށްފަހު ހެދުުމުގެ އެތެރޭގައި ހުރި ބަަޔަށް ޚަންޖަރަކާއެކު ޗާޓުވެސް ޖަހާލައިފިއެވެ. ލޫސީ އޭނަ ނެގި ފޮތެއްގައި އަވަސްއަވަހަށް ނޯޓެއް ލިޔުނެވެ. "އަޅުގަނޑަށް ބޮޑުބޭބެ ދެއްވި ޚަޒާނާއެއް ހޯދަން ދަތުރު މިފަށަނީ ސިފައިންގެ މީހެއްކަމަށްވާ ސާޖީއާއެކު ހަލަބުޝަހަރު ކައިރީގައިވާ ވާދީއަކަށެވެ. ފަތިސްވުމުގެ ކުރިން އެނބުރި އަންނާނަމެވެ. ނަމަވެސް ޚަޒާނާ ނުފެނި ގިނައިރުވެއްޖެ ނަމަ އަޅުގަނޑަށް އާދެވޭނީ މާދަން ރޭގައެވެ. ސަބަބަކީ ދުވާލު އަރަބިންނަށް ފެނިގެން އަޅުގަނޑުމެން ހައްޔަރުކޮށްފާނެތީ ދުވާލު ދަތުރު ކުރުން ރައްކާތެރިކަމުގައި ނުފެންނާތީއެވެ. މާދަން ރެއަށް ނާދެވިއްޖެއްޔާ ބޮޑު މުސީބާތަކާއި ކުރިމަތިވީއެވެ. " ލޫސީ އަލަމާރިން ސާލެއް ނެގިއެވެ. ވަށައިގެން އަގުބޮޑު ޖަވާހިރުތަކެއް ޖަހާފައިވާ ކަޅުކުލައިގެ ސާލު ހަށިގަނޑުގައި އޮޅާލުމަށްފަހު ކޮޓަރިން ނުކުތެވެ. ހަނދުވަރުގެ އަލިން ބަގީޗާ ފެންވަރުވާލާފައިވާއިރު ނިކަން ސިހުރުވެރި ގޮތަކަށް ދައްކައެވެ. ކޮކާ އަލި އޭނަގެ ދޮންދޮން މޫނަށް އެޅިފައިވާއިރު ފެންނަލެއް ރީތިކަމުން ދެކޭމީހުންގެ ހިތްތައް ހައިރާންކުރުވާނެއެވެ. ސިއްރު ފިޔަވަޅުތަކެއްގައި ގޮސް ކިއްލާގެ އެތެރޭގެ ދޮރާށްޓާއި އަރާ ހަަމަވީއިރު ފާރަވެރިން ގަދަޔަށް ނިދާފައި ތިބިތަން ފެނުނެވެ.ގުގުރީގެ އަޑު މާ ދުރަށް އިވެއެވެ. ލިބުނު ފުރުސަތު ނަގާނުލާ އަވަސް ފިޔަވަޅުތަކެއްގައި ގޮސް ގަހަކާއި ނިވާވެލިއެވެ. އޭނާގެ އިންތިޒާރުގައި ސާޖީ ނެތުމުން ހިތުގައި ޝަކުވާ އުފެދުނެވެ. ބޮޑުކަމެއް ދިމާވީހެއްޔެވެ. ނޫނީ އޭނާ ހަދާން ނައްތައިލީހެއްޔެވެ؟މިހާ ބޮޑުކަމެއްގައި ފަރުވާކުޑަކޮށްލައިގެން ނުވާނެތާއެވެ. އޭނާ ފައްޅިއާއި ދިމާލަށް ހިނގައިގަތްތަނާ އެދިމާލުން ދެމީހަކު އަންނަތަން ފެނި އަވަސްއަވަހަށްގޮސް ޒައިތޫނި ގަސްބޮނޑިއެއްގެ ނިވަލަށް ވަދެއްޖެއެވެ. ޒައިތޫނި އަޅާ ފުރާލާފައިވާ އެތިރި ގަސްތަކުގެ ހިމާޔަތުގައި ހުރުމުން އޭނާ ނުފެންނާނެކަމުގެ ޔަގީންކަން އޮތެވެ. އެދެމީހުން ކައިރިވުމުން އެއީ ލާވަންއާއި އެކުވެރި ތޫމާކަން ޔަގީންވިއެވެ. ލާވަން ފެނުމުން ހިތުގެ ވިންދު އަވަސްވިއެވެ. "އަހަރެންގެ ހިތަށް އެހެން ކަހަލަ އުދަގޫތަކެއް އެބަވޭ. ކޮންމެވެސް ކަހަލަ ނުރައްކަލެއްވާން އެބަ އުޅެއޭ މަގޭ ހިތް އެބަބުނޭ........" ލާވަން ބުނެލިއެވެ. "ސާހިބާ މިއަދު ލޫސީ ދެކެވަޑައިނުގަންނަވާތީ ހިތަށް ގޮތްގޮތް ތިވަނީ. އެކަމާ ފިކުރު ބޮޑުނުކުރައްވާ. މާދަން އަރާ އިރާއެކީ ގަނޑުވަރަށް ވަޑައިގެން ހިތަށް ތަސައްލީ ހޯއްދަވާ. ލޯތްބަކީ ބުނަން ނޭގޭފަަދަ އިހުސާސްތަކެއް ކުރުވާ އެއްޗެއް. އެ ލަނޑު ލިބިއްޖެ މީހަކު އުމުރަށް ސަލާމަތް ނުވެވިގެން އުޅެން ޖެހޭނީ........" ތޫމާ ބުނި އަޑުއިވުނެވެ. "ތިބުނީ ހަމަ ތެދެއް. އެކަމަކު އެއީ ކަލެއަށް ނޭގުނަސް ވަރަށް ރީތި ފޮނި އިހުސާސެއް. ކަލެއަށް އެފަދަ ނަސީބެއް ލިބުން އެދި ދުޢާކުރާނަން. ހޫމް. މިއަދު ގަނޑުވަރަށް ނުދެވުނު. ލޫސީގެ ހާލުކޮޅެއްވެސް ނޭގޭ. އެހެންވެ ހިތަށް ތަދުވަނީ...." ލާވަން ބުނެލިއެވެ. ތޫމާ ޝުކުރު އަދާކުރަމުން ދުޢާކޮށްދޭން އެދުނެވެ. "އަޅުގަނޑުމެން މިކޮޅަށް އައިއިރު ގަސްތަކާއި ދިމާލަށް އައި އަންހެންމީހާ އެރީ އުޑަށްކަމަށް ވަނީ ބިމެއްކަމެއް ނޭގޭ. އެއީކާކުތަ؟ ޖިންނިއަކަށް ވެދާނެ. ކުއްލިއަކަށް ވިއްޔާ ގެއްލުނީ..."ތޫމާ ކުއްލިއަކަށް އެހެން މައުޟޫއަކަށް ވާހަކަ ގެންދިޔައެވެ. ލޫސީ ބިރުގަތެވެ. އެމީހުން އޭނާ ހުރި ގަސްތަކާއި ދިމާލަށް އައިސްދާނެ ހެއްޔެވެ؟ "ތަންތަނުން ފެންނަހާ އަންހެނެއްގެ ފަހަތުން ހިނގާނެ ކަމެއްނެތް. މާތް ރަސްކަލާގެ ހެއްދެވި މަޚުލޫގުން މި ބިންމަތީ ދަތުރުކުރިޔަސް އަހަރެމެން ފޮށޭނެކަމެއް ނެތް.." ލާވަން ހީގަތެވެ. ދެމީހުން ވާހަކަދައްކަމުން އަޑުނުފޯރާ ހިސާބަށް ހިނގައްޖެއެވެ. އޭރު ލޫސީ ހުރީ ބިރުގެންފައެވެ. ލާވަން ޚިޔާލު ބަދަލުވެގެން ތޫމާގެ ބަހަށް ހެއްލި އެބުނާ "ޖިންނި" ދެކޭހިތުން ޒަައިތޫން ގަސްތައް ފާސްކުރަން އަތުވެދާނެހެއްޔެވެ. ލާވަންއާއި ތޫމާއަށް އޭނާ ކަން އެނގިއްޖެއްޔާ ހާދަ ސުވާލުތައް ގިނަވާނެއެވެ. އަނދިރީގެ ތެރެއިން ފިޔަވަޅުތަކެއްގެ އަޑު ކައިރިވަމުން އައިސް އެމީހަކު ކުރިމައްޗަށް ހުއްޓުމުން ލޫސީ ބިރުގަންނަގޮތް ވިއެވެ. މުޅިން ކަޅު ލިބާހެއްގައި ފޮރުވިގެން މޫނުވެސް ނިވާކޮށްގެން ހުރިއިރު ފެންނަނީ އަނދިރި ހިޔަންޏެއް ހެންނެވެ. ލޫސީ ފިނޑިވާކަށް ބޭނުމެއްނުވިއެވެ. އޭނާ މިދަނީ އެއަށްވުރެ މުހިއްމު މަސައްކަތެއްގައެވެ. ބޮޑު ޚަޒާނާއެއް ބަލައެވެ. ވީމާ ޖިންނި ޝައިތާނުންނާއި ޝައްކާއި ވަހުމުން ހިތް އެއްކިބާކޮށް ހިތްވަރުގަދަ ޖެހިލުންކުޑަ އަންހެންކުއްޖަކަށް ވާން ޖެހެއެވެ. "ކާކު؟" ލޫސީ ސާބިތު އަޑަކުން ސުވާލުކުރިއެވެ. "ސާހިބު ކަމަނާ، މިއީ އަޅުގަނޑޭ.."ސާޖީ މަޑުމަޑުން ބުނެލިއެވެ. "އަލިކުރަން ބައްތިއެއް ކަހަލަ އެއްޗެއް ގެނައިންތަ؟ " ލޫސީ އެހިއެވެ. "ލައްބަ. އެކަމަކު މަޑުން ވާހަކަދައްކަވާ. އެއްވެސް މީހަކަށް އިވިއްޖެއްނަމަ މި ސިއްރު ބޭޒާރުވާނެ...." ސާޖީ ވައިއަޑަކުން ބުނެލިއެވެ. ދެމީހުން ގަސްތަކުގެ ހިޔަނީގައި ތިބެ ކުރިއަށް ދިޔައެވެ. ދަންވިޔަސް ހަނދުގެ އަލިކަން އަދިވެސް ކޮންމެވެސް ވަރަކަށްދީފައި އޮތެވެ. ކިއްލާގެ ބޭރު ފާރާއި ކައިރިވުމުން ލޫސީއަށް އޭނާ އަތުން އިޝާރާތްކޮށްފައި އެންގީ ހުއްޓުމަށެވެ. ހަނދުވަރުގެ އަލި އެޅި ފާރު ކައިރީގައި އެކިގޮތްގޮތަށް ހެދިފައިވާ ކަށި ގަސްތައް ފެންނާން ހުއްޓެވެ. އެކަށި ގަސްތައް ހުރަސްކޮށް ފާރާއި ހަމަޔަށް ވާސިލު ވުމަކީ އިންސާނަކަށް ފަސޭހަކަމެއް ނޫނެވެ. ސާޖީ ކަށިގަސްތަކުގެ ތެރެއަށް ބައްތިން އަލި ކުރަނިކޮށް ހަނި ގޯޅިގަނޑެއް ފެނުނެވެ. އޭނަ ލޫސީއަށް އޭނާގެ ފަހަތުން އައުމަށް އެދުނެވެ. އިރުގަނޑެއްވާންދެން ހިނގުމަށްފަހު ހޮހަޅައެއްގެ ކުރިމައްޗަށް ނުކުމެވިއްޖެއެވެ. އެދިމާލުން ކަށިން ފުރިފައިވާ ހޯލިތައް އަޅާ ފުރާލާފައި އޮތުމުން އަނެއް މަސައްކަތް ޖެހުނެވެ. ސާޖީ އެ މަސައްކަތް ނިންމާލީ އަތްމަތި އަވަސްކޮށެވެ. ނަމަވެސް ހުރަސްތައް ކުރިމަތިވާވަރުން ލޫސީ ހުރީ ކަންބޮޑުވެފައެވެ. ސާޖީ ހޮހަޅައަށް ވަދެފައި އައުމަށް އިޝާރާތްކުރިއެވެ. ހޮހަޅައިގެ އެތެރެ އަނދިރިކަމުން ކަށްވަޅުފަދައެވެ. އޭނަ ސާޖީގެ ގައިގާ އަތް ޖެހޭތޯ އަތް ދިއްކޮށްލިއެވެ. ބިރުގަންނަގޮތްވެ ހަތަރެސްފައި ފިނިވެލައިފިއެވެ. ހާސްވާގޮތްވިއެވެ. ތަން ބަންދު ބޮޑުކަމުން ނޭވާ ނުލެވެނީކަން ނޭގެއެވެ. ކުރިއަށް ހިނގައިގަންނަން ނޭގިފައި ހުއްޓާ ސާޖީ ބައްތިއެއް ދިއްލައިލުމުން ފަނޑު އަލިކަމެއް ފެތުރުނެވެ. ހިލަތަކުގެ މަތިން ހިނގަން ޖެހުމުން ވަރުބަލިވިޔަސް ލޫސީ ކުރިއަށް ދިޔައެވެ. ވަކި ހިސާބަކުން އެތެރެ ކޮނެފައިވާ ބިންގަރާހެއް ފެނުނެވެ. "ސާހިބުކަމަނާ. ބިންގަރާހަށް ވެދެވަޑައިގަތުމަށްފަހު ވާހަކަފުޅު ނުދައްކަވާތި. އަަޑު ގުގުމައިގެން ދާނެ އަދި ބޭރުގައި ތިބި މީހުންނަށް އިވިދާނެ. ސިފައިންނަށް އެނގިއްޖެއްޔާ ކުރިހާ މަސައްކަތް ފަނުފުލުން ދިޔައީ." ސާޖީ ބުނެދިނުމުން އާއެކޭ ބުނުމުގެ ގޮތުން ލޫސީ ނިތްކުރި އަރުވާލިއެވެ. ދެމީހުން ބިންގަރާހުގެ ނިމޭކޮޅާއި ހަމަޔަށް ދިޔައެވެ. "ބޭރަށް ނިކުންނަން ކިހިނެއް ހަދާނީ؟ "ލޫސީ އެހިއެވެ. "އަޅުގަނޑު މަގު މި ހޯދަނީ..." ސާޖީ ބިންގަރާހުގެ ފާރުގައިވާ ހިލަތަކުގައި އަތް ކާއްތަމުން ބުނެލިއެވެ. އެތައް އިރެއްވީއިރުވެސް އެތަނުން އެންމެ ހިލައެއްވެސް ގުޑުވާ ނުލެވުނެވެ. "ނުފެނުނީތަ؟ " ލޫސީ ސުވާލުކުރިއެވެ. "އަޅުގަނޑުވެސް ހަނދާނެއް ނެތް. މަސައްކަތް މިކުރަނީ....." "މާ ލަސްވެއްޖެއެއްނު. ދެން ނުފެނުނިއްޔާ ދަމާ ހިނގާ..." ލޫސީ ބުނެލިއެވެ. "އަދި ކުޑަ ވަގުތުކޮޅެއް ދެއްވާ..." ސާޖީ މަސައްކަތް ފެށިއެވެ. އޭރު އޭނާވެސް ހުރީ މި ގަދަފިނީގައި މަސައްކަތްކޮށް ކޮށް ވަރުބަލިވާގޮތްވެފައެވެ. މިރޭ ވާދީއަށް ނުދެވިއްޖެއްޔާ ހުރިހާ އުއްމީދެއް ގެއްލުނީއެވެ. ސިފައިންނަށް އޭނަ ކޮށްފައި ހުރި މަސައްކަތް ނުފެންނާނެ ގޮތަކީ ނެތް ގޮތެކެވެ. އޭނަ ހާދަ ބުރައެއް އުފުލައިފިއެވެ. އާދައިގެ ދުވަހެއްގައި އޭނައަށް މިހާ ބުރަ މަސައްކަތެއް ނުވެސް ކުރެވޭނެއެވެ. އޭނާގެ ހަށިގަނޑަށް މިރޭ ލިބިފައި މިހިރަ ބާރަކާއިމެދު އޭނާވެސް ހައިރާން ވެއްޖެއެވެ. މިރޭ ފަރުބަދަވެސް ކެނޑިދާނެއެވެ. ފުރާނަވެސް ގުރުބާންކޮށްފާނެއެވެ. އެވަގުތު އޭނާގެ ނަސީބު އެހީވިއެވެ. ފާރުން ހިލަގަނޑެއް ގުޑާލައިފިއެވެ. ގައިގާ ހުރި ބާރެއް ލާފައި އެ ހިލަގަނޑުގައި ހިފާ ދަމައިގަތުމުން ހިލަގަނޑު ނެއްޓި ދެެމީހަކަށް ނިކުމެވޭނެ ވަރުގެ ބާގަނޑެއް ހެދިއްޖެއެވެ. ދެމީހުން އެތަނުން ބޭރަށް ނުކުމެވުމުން ގަދަ ފިނިކަން ހަށިގަނޑުގައި ޖެހިގަތެވެ. އެކަމަކު ސާފު ވަޔާއި ތާޒާކަން އިހުސާސްކުރެވުނެވެ. ދެމީހުންނަށް އަދި ކިރިޔާ ހަލަބު ކިއްލާއިން ބޭރަށް ނުކުމެވުނީއެވެ. މިއީ ކިއްލާއިން ބޭރަށް ނިކުންނަން ހުންނަ ސިއްރު ދޮރެވެ. ސާޖީ ހިލަގަނޑެއް ކޮށްޕާލުމުން އެ ހިލަ ބާގަނޑުގައި ޖެހި އެތަން ބެދި ކުރިން ހުރިގޮތަށް ވުމުން އޭނާ ބައްތި ނިވާލައިފިއެވެ. ނުނިމޭ
ގަނޑުވަރު ތެރެއިން 13
ބެއިޖިން (އޭޕްރިލް 26): އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ހާލުކޮޅު ބެލުމަށް ޗައިނާއިން އެގައުމަށް ސިއްހީ މާހިރުންގެ ޓީމެއް ފޮނުވާފައިވާ ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފި އެވެ. ރޮއިޓާސްއިން އެފަދައިން ބުނެފައި ވަނީ ކިމްގެ ސިއްހީ ހާލުކޮޅާ ބެހޭ ގޮތުން އެކި ވާހަކަތައް ފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ. އެ ނޫހުން ބުނި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ޗައިނާގެ ޓީމެއް އުުތުރު ކޮރެއާއަށް ދިޔަކަން އެނގިފައި ވަނީ ކަމާ ގުޅުން ހުރި ތިން މީހެއްގެ ފަރާތުންނެވެ. އަދި އެ ޓީމުގައި އިސްކޮށް ހުންނެވީ ވެރިކަން ކުރާ ކޮމިއުނިސްޓު ޕާޓީގައި އުތުރު ކޮރެއާގެ ކަންތައްތައް ބަލަހައްޓާ އިންޓަނޭޝަނަލް ލައެޝަން ޑިޕާޓްމެންޓުގެ އިސް މެމްބަރެކެވެ. ކިމްގެ ސިއްހީ ހާލުކޮޅު ގޯސްވި ކަމަށް ދެކެވޭ ވާހަކަތައް ފުރަތަމަ ފެތުރެން ފެށީ، އުތުރު ކޮރެއާގެ ކުރީގެ ލީޑަރު އަދި ކިމްގެ ކާފާފުޅު ކިމް އިލް ސަންގުގެ އުފަންދުވަހުގެ ރަސްމިއްޔާތުގައި މިމަހުގެ 15ގައި އޭނާ ނުފެންނަ ކަމަށް ރިޕޯޓު ކުރުމުންނެވެ. އުތުރު ކޮރެއާއިން ފިލައިގެން އެގައުމުން ބޭރުގައި ދިރިއުޅޭ މީހުން ހިންގާ ޑެއިލީ އެންކޭ ނޫހުން ބުނި ގޮތުގައި ކިމް ވަނީ މިމަހުގެ 12ގައި ހިތްޕުޅުގެ އޮޕަރޭޝަނެއް ކުރައްވައިފަ އެވެ. އަދި ކުއްލި ގޮތަކަށް އެ އޮޕަރޭޝަން ކުރަން ޖެހުނީ ކިމް ދުންފަތުގެ އިސްތިއުމާލު ކުރައްވާ ވަރު އިތުރުވުމުންނާއި ފަލަ ބައްޔާއި ވަރުބަލިވުން ފަދަ މައްސަލަތަކާ ގުޅިގެންނެވެ. އެ އޮޕަރޭޝަނަށް ފަހު ކިމްގެ ހާލުކޮޅު ސީރިއަސްވެފައިވާ ކަމަށް ބުނާ ރިޕޯޓުތަކަށް ރައްދު ދެމުން ދެކުނު ކޮރެއާއިން ވަނީ އުތުރުން އާދަޔާ ހިލާފު ކަމެއް ނުފެންނަ ކަމަށް ބުނެފަ އެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކިމްގެ ހާލުކޮޅާ ބެހޭ ރިޕޯޓުތައް ސައްހަ ނޫން ކަމަށް ބެލެވޭ ކަމަށް ވިދާޅުވެފަ އެވެ. ކިމްގެ ހާލުކޮޅާ ބެހޭ ގޮތުން އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން އަދި ވަކި އެއްޗެކޭ ބުނެފައެއް ނުވެ އެވެ. މީގެ ކުރިންވެސް ކިމްގެ ހަބަރެއް ނުވެ ގިނަ ދުވަސްތަކެއް ހޭދަވުމާ ގުޅިގެން އޭނާގެ ހާލުކޮޅާ ބެހޭ ގޮތުން ތަފާތު ވާހަކަތައް ދެކެވިފައިވެ އެވެ. އެގޮތުން 2014 ވަނަ އަހަރު ކިމްގެ ހަބަރެއް ނުވެ ހަ ހަފްތާ ދިޔަ އެވެ. އެ ދުވަސްތަކުގައި ކިމް ގެންދެވީ ފައިގެ އޮޕަރޭޝަނަކަށް ފަރުވާ ހޯއްދަވަމުން ކަމަށް ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާއިން ހާމަ ކުރި އެވެ. އުތުރު ކޮރެއާގެ ކުރީގެ ލީޑަރު ކިމް ޖޮންގް އިލް އަވަހާރަވުމުން 2011 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ކިމް ޖޮންގް އުންއަށް ފަހު އެގައުމުގެ ލީޑަރަކަށް ދެން ވާނެ ބޭފުޅެއް އަދި ކަނޑައަޅާފައި ނުވެ އެވެ. ނަމަވެސް އެސޯސިއޭޓެޑް ޕްރެސްއާ ވާހަކަ ދެއްކި ކަމާ ބެހޭ މާހިރަކު ވަނީ ކިމްއަށް ފަހު ވެރިކަމަށް ވަޑައިގަންނަވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ކޮއްކޯފުޅު ކިމް ޔޯ ޖޮންގް ކަމަށް ވިދާޅުވެފަ އެވެ.
ކިމް ޖޮންގް އުންގެ ހާލުކޮޅު ބެލުމަށް ޗައިނާއިން ޑޮކްޓަރުން ފޮނުވި: ރޮއިޓާސް
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން އެމެރިކާގައި ފުރަބަންދުކޮށްފައި އޮތް އޮތުމަށް މަޝްހޫރު ބިލިއަނަރު އިލޯން މަސްކް ގޮން ޖައްސަވައިފި އެެވެ. ރޮކެޓް ކުންފުނި ސްޕޭސް އެކްސް އަދި އިލެކްޓްރިކް ކާރު އުފައްދާ ޓެސްލާ ކުންފުނީގެ ސީއީއޯ ވަނީ ފުރަބަންދާ ގުޅިގެން އެމެރިކާގެ ކެލިފޯނިއާގައި ހުންނަ އެ ކުންފުނީގެ ހެޑްކުއާޓާސް، އެގައުމުގެ ޓެކްސަސް ނުވަތަ ނެވާޑާއަށް ބަދަލުކުރާނެކަމުގެ އިންޒާރުދީފަ އެެވެ. އަދި އެ މައްސަލަ ކޯޓަށް ވައްދައިފައި އޮއްވާ އެ ކުންފުނީގެ މަސައްކަތްވެސް ވަނީ ފަށައިފަ އެެވެ. އިލޯން މަސްކް ވަނީ ކެލިފޯނިއާގެ ފުލުހުން އޭނާ ހައްޔަރުކުރިޔަސް ފަރުވާލެއް ނެތް ކަމަށް ވިދާޅުވެފައެެވެ. އިލޯން މަސްކްގެ ހުޅުވަން ހުއްދަ ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްވެސް ކުރިން ވަނީ ތާއިދުކުރައްވައިފައެެވެ. ދެކުނު އެފްރިކާއަށް އޮފަން އިލޯން މީގެ ކުރިންވެސް ވަނީ ކޮރޯނާއާ ގުޅިގެން އަޅާ ފިޔަވަޅުތަކަށް ފާޑުކިޔަމުންނެވެ. އޭނާ މިދިޔަ މާޗް މަހު ވިދާޅުވީ ކޮރޯނާއާ ގުޅިގެން މާ ބޮޑަށް ހާސްވެގެން މީހުން އުޅެނީ ކަަމަށާއި އަދި އޭޕްރީލް ފަހުކޮޅު އެމެރިކާއިން އެ ބަލި ނައްތަލެވެނޭ ކަަމަށެވެެ. ނަމަވެސް އެމެރިކާގައި މިހާރު ބަލި ފެތުރޭ މިންވަރު ކޮންޓްރޯލް ނުވަ 1.3 މިލިއަން މީހުންނަށް ބަލިޖެހިފައިވާއިރު ބަލީގައި މީހުން ވަނީ މަރުވެފައެވެ. ކޮރޯނާއާ ގުޅިގެން މީހުން ގޭގައި ތިބެން އެންގުމުން އިލޯން އެކަން ސިފަކުރެއްވީ "ފޭޝިސްޓް" އަމަލެއްގެ ގޮތުގައެެވެ. ފޭޝިޒަމްއަކީ އާންމުކޮށް ނާޒީން ޖަރުމަނުގައި ގެންގުޅުނު ހަރުކަށި އުސޫލުތަކަށް ނިސްބަތްކޮށް ބުނެ އުޅޭ ބުނުމެކެވެ. ފުރަބަންދާ ދެކޮޅަށް އެމެރިކާގައި ކުރަމުންދިޔަ އިހުތިޖާޖުތަކަސް ހިތްވަރުދީ އޭނާ ވަނީ އެތަކެއް ޓުވީޓުތަކެއްވެސް މީގެ ކުރިން ކުރައްވައިފައެވެެ. ފައިނޭންޝިއަލް ޓައިމްސް
ބިލިއަނަރު އިލޯން މަސްކް ފުރަބަންދަށް ގޮންޖަހައިފި
ކޮރޯނާ ވައިރަސްއާ ގުޅިގެން ދުނިޔޭގެ ހުރިހާ ގައުމުތަކެއް ކަހަލަ ގޮތަކަށް ބަލި ކޮންޓްރޯލްކުރަން ހިޔާރުކުރީ ލޮކްޑައުން ކުރުމެވެ. އޮސްޓްރޭލިއާ، ޗައިނާ، ޔޫރަޕް، މެދުއިރުމަތުން ފެށިގެން އެމެރިކާ ވެސް ހިނގީ އެމަގުންނެވެ. ނަމަވެސް ބަލި ކޮންޓްރޯލްވެ ގައުމުތައް ހުުޅުވާލުމުން ދެވަނަ ފޭސްއެއްގެ ބިރު އަދި ވެސް އެބައޮތެވެ. ބަލި އެންމެ ފުރަތަމަ ފެތުރެެން ފެށި ކަމަށް އަޑުފެތުރިފައިވާ ޗައިނާގެ ވޫހާންއިން ބަލި އެއްކޮށް ނައްތާލައިފައި ވަނިކޮށް ބަލި އަލުން ވަނީ ފެންނަން ފަށައިފަ އެވެ. ނަމަވެސް ދެވަނަ ފޭސްއެއްގައި ވައިރަސްގެ ބިރުމާބޮޑު ނުވާނެކަމަށް ސްވީޑަންގެ އެޕިޑެމިއޮލޮޖިސްޓް އެންޑާސް ޓެގްނަލް ވިދާޅުވި އެެވެ. ސްވީޑަން މިހާތަނަށް ލޮކްޑައުން ނުކޮށް އޮތީ އޭނާގެ ފުރިހަމަ ލަފަޔާ އިރުޝާދުގެ ދަށުންނެވެ. އެންޑިއާސް ވިދާޅުވާ ގޮތުން ނަމަ މިމަސް ނިމޭއިރު ސްވީޑަންގެ ވެރިރަށް ސްޓޮކްހޯމްގެ 40 ޕަސެންޓް އޮންނާނީ ބައްޔަށް އިމިޔުންވެފަ އެވެ. "ހަރީފް މޫސުން އަންނައިރު ކޮރޯނާގެ ދެވަނަ އައުޓް ބްރޭކެއް އަތުވެދާނެ. އެހެންނަމަވެސް ބަލި ޖެހޭ މީހުން މަދުވާނެ. އެކަމަކު އަވަށްޓެރި ފިންލެންޑުން ގިނަ ބަޔަކަށް ބަލިޖެހޭނެ. ދެން އަނެއްކާ ވެސް ފިންލެންޑުން ލޮކްޑައުންކުރާނީ؟" އެންޑާސް ވިދާޅުވި އެވެ. މުޅި ޔޫރަޕްގައި ވެސް ސްވީޑަންއަކީ މި ދުވަސްވަރު އެންމެ "މިނިވަން" ގައުމެވެެ. ކެފޭތަކާއި ރެސްޓޯރެންޓްތަކާއި ސެކެންޑްރީ އަދި ޕްރައިމަރީ ސްކޫލްތައް ކުރިއެކޭ ވެސް އެއްގޮތަށް އޮތީ ހުޅުވައިފަ އެވެ. ފަންސާސްއަށް ވުރެ ގިނަ މީހުންނަށް އެއްވެ ނޫޅެވޭ އިރު ހަމައެކަނި ގައިދުރުވާން އިލްތިމާސްކުރުން ނޫން ކަމެއް އެގައުމުން ނުކުރެ އެވެ. ނޯޑިކް އެހެން ގައުމުތަކާ އަޅާބަލާއިރު ސްވީޑަންގައި ކޮރޯނާއާ އެކު މަރުވި މީހުން ނިސްބަތުން މާބޮަޑަށް ވެސް ގިނައަ އެވެ. ނޯވޭ، ފިންލޭންޑް އަދި ނޯވޭއިން މަރުވި މީހުން 1000 އަށް ވުރެ ދަށް ނަމަވެސް ސްވީޑަންއިން 3040 މީހުން ވަނީ މަރުވެފަ އެވެ. އެޕިޑޮމޮލިިޖިސްޓް އެންޑިއާސް ވިދާޅުވީ ކޮރޯނާއަށް އެޅި ޕޮލިސީތައް އެހެން ގައުމުތަކަށް ވުރެ ކާމިޔާބުތޯ އެނގޭނީ އަހަރެއް ފަހުން ކަަމަށް އޭނާ ވިދާޅުވި އެވެ. އަދި ސްވިޑަންް ލޮކްޑައުން ކުރަން ނުނިންމީ ހުރިހާ ނަޒަރަކުން ވެސް ބެލުމަށް ފަހު ކޮންމެވެސް ވަރަކަށް "ނޯމަލް" ކޮށް އުޅެވޭނެގޮތަށް ކަން އޭނާ ފާހަގަކުރެއްވި އެވެ. ސްވީޑަން މީހުން އެ ގައުމުގެ ސިއްހީ ދާއިރާއަށް އޮންނަ އިތުބާރުބޮޑުވެ އެންޑިއާސްގެ ސްޓެރެޓީޖީއާ އެކު އޭނާގެ މަގުބޫލުކަން ސްވިޑަންގައި އިންތިހާއަށް މައްޗަށް ވަނީ ގޮސްފަ އެވެެ. އޭނާގެ ސްޓެރެޓެޖީއާ މެދު ވަރަށް ފާޅުގައި ވަނީ ވާޙަކަ ދައްކަވައިފަ އެވެ. އެކަމަކީ ގިނަ މީހުންނަށް އެހާ ފަސޭހައިން ގަބޫލުކުރެވޭ ކަމަކަށް ނުވާއިރު، އެއް ސުވާލަކަށް އޭނާ ވަނީ އެތައް ސަތޭކަ ފަހަރު ޖަވާބުދެއްވައިފަ އެވެ. އެންޑިއާސްއަކީ މިހާރު މުޅި ސްވިޑަންގައި "ހީރޯ" އެކެވެ. އޭނާއަށް އޮންނަ ލޯބި ބޮޑުވެ އެންޑިއާސްއާ ގުޅޭ ޓެޓޫތައް ވެސް މީހުން މިހާރު ޖަހަ އެވެ. ނަމަވެސް އެންޑިއާސް ވިދާޅުވާ ގޮތުން ނަމަ ބޮޑުވަރެވެ. ދާދި ފަހުން ފެޝަން މަޖައްލާއަކުން އެންޑިއާސްގެ ހެދުން އެޅުމުގައި ގެންގުޅޭ ސްޓައިލްއާ ގުޅޭ ގޮތުން ގެނެސްދިން ސެގްމަންޓްވީ އޭނާގެ ދަރިންނަށް ބޮޑު ޖޯކަކަށެވެ. އެންޑިއާސްގެ ނަޒަރުގައި ލޮކްޑައުން ކުރަން ސައިންޓިފިކް ބޭސިސްއެއް ނެތެވެ. ހާއްސަކޮށް ސްކޫލްތައް ބަންދުކުރުމާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ، ކުޑަކުދިންގެ ފަރާތުން ބަލި ފެތުރޭކަމުގެ ހެއްކެއް ނެތް ކަމަށެވެ. ސްވީޑަންގެ ޕަބްލިކް ހެލްތު އޭޖެންސީ އިން ހެދި މެތެމެޑިކަލް މޮޑެލްއެއްގައި ބުނީ މިމަސް ފެށުނު އިރު ވެރިރަށް ސްޓޮކްހޯމްގެ ތިން ބައިކުޅަ އެއްބައި މީހުންގެ ވައިރަސް ހުރި ކަމަށެވެ. އަދި ސްޓޮކްހޯމްގައި ބަލި ފެތުރޭ މިންބަރު ދަށްވީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ބަދަލުގައި ނޯވޭގެ ވެރިރަށް އޮސްލޯގައި އިންފެކްޓްވެފައި ވަނީ އެންމެ ދެ ޕަސެންޓެވެ. ސްވީޑަންގެ އެޕިޑޮމޮލިިޖިސްޓް އެންޑިއާސް ޓެގްނެލް-- ވައިރަސްއަށް ކިހާ ދުވަހަކު އިމިޔުންވެދާނެކަމާ މެދު އެންޑިއާސްއަސް ވެސް ވަކި އެއްޗެއް ބުނަން ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. އާންމުގޮތެއްގައި އާބާދީގެ 80 ޕަސެންޓަށް ބަލި ޖެހި ހާޑް އިމިއުނިޓީއަށް ދިއުމުން ބަލި ފެތުރުން ހުއްޓެ އެެވެ. ނަަމަވެސް ސްވީޑަން ހާޑް އިމިއުނިޓީއަށް ދެވިދާނެކަން އޭނާއަށް ޝައްކެވެެ. ގިނަ ގައުމުތަކުން މިހާރު ވެސް ބުނަމުންދަނީ އެ ބަލި ކޮންޓްރޯލް ކުރެވޭނީ ވެކްސިނެއް ލިބުމުން ކަމަށެވެ. ނަަމަވެސް އެންޑިއާސް ވިދާޅުވީ ވެކްސިނެއް ލިބެން އެތަކެއް އަހަރެއް ވެސް ނަގައިފާނެ ކަމަށާއި އަދި ވެކްސިނަށް އިންތިޒާރުކޮށްގެން ތިބުމަކީ ގޯހެއްކަމަށެވެ. "އަދި ނޭނގޭ އެ ވެކްސިނަކީ އަދި ރަނގަޅު ވެކްސިނަކަށް ވާނެކަމެއް" އޭނާ ވިދާޅުވި އެވެ. އެންޑިއާސް ވިދާޅުވީ ސްވިޑަންގެ ސްޓްރެޓެޖީއާކު އެތަކެއް މަސް ނުވަތަ އަހަރުތަކެއް ވަންދެން ވެސް މާބޮޑު ބަދަލުތަކެއް ނައިސް އުޅެވިދާނެ ކަމަށެެވެ. ޔޫރަޕްގެ ގައުމުތައް މަޑުމަޑުން ހުޅުވާލަން މަސައްކަތް ކުރަމުންދާއިރު ބަލި ފެތުރުން ހުއްޓުވޭނެގޮތްތަކާ މެދު ވަނީ ބޮޑު ގޮންޖެހުމަކަށް ގޮސްފަ އެެވެ. ސްވީޑަންގެ ސިޔާސަތުތަކަށް އެންމެން ލޯ އަމާޒުވެފައިވާއިރު އެގައުމަށް އެހެން ގައުމުތަކުގެ ފާޑުކިޔުން ވަނީ ވަަރަށް ބޮޑަށް އަމާޒުވެފަ އެވެ. އަދި މުސްކުޅިން ބަލަހައްޓާ ތަންތަނުން ގިނަ ބަޔަކު މަރުވުމުން އެކަން ހުއްޓުވަން މަސައްކަތް ނުކުރާކަމަށް އެހެން ގައުމުތަކުން ބުނެ އެވެ. އެންޑިއާސް ވިދާޅުވީ ނޯޑިކް އެހެން ގައުމުތަކާއި ޖަރުމަނު ފަދަ ގައުމުތަކަށް ވުރެ ސްވީޑަންއިން ގިނަ މީހުން މަރުވީ މުސްކުޅިން ބަލަހައްޓާ ތަންތަނުގައި މާބޮޑަށް ބަލި ފެތުރުމުން ކަމަށެެވެ. އަދި އެކަމާ މެދު ހިތާމަކުރާ ކަމަށާއި އެކަން ތަހުގީގް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. "ނޯޑިކް އެހެން ގައުމުތަކޭ އެއްފަދައިން ސްވީޑަންގެ މުސްކުޅިން ބަލަހައްޓާ ތަންތަނުގައި އުޅެނީ ވަރަށް ދުވަސްވީ މީހުންނާއި ވަރަށް ބަލި މީހުން. އެތަންތަނުގެ ހިދުމަތްތައް ދޭގޮތުން ކަމަކު ނުދޭ. ކޮލެޓީއެއް ނެތް. އެހެންވެ އެހާ ގިނަ ބަޔަކަށް ބަލި ޖެހުނީ." އެންޑިއާސް ވިދާޅުވި އެވެ. ފައިނޭންޝިއަލް ޓައިމްސް
ސްވިޑަން: ތަފާތު ގައުމެއް، ލޮކްޑައުން ކުރުމުގެ ވިސްނުމެއް ނެތް
ކެންސަރަށް ދޭ ފަރުވާއެއް ކަމަށްވާ ކީމޯ ތެރެޕީގެ ހިދުމަތް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަށައިފި އެވެ. އެގޮތުން އިއްޔެ ފުރަތަމަ ފަހަރަށް ދެ މީހަކަށް އެ ހޮސްޕިޓަލްގައި ވަނީ ކީމޯ ތެރެޕީގެ ހިދުމަތް ދީފަ އެވެ. އައްޑޫ ހޮސްޕިޓަލްގެ ކަށީގެ ޑޮކްޓަރު މުހައްމަދު މުންޝިދު "ސަން" އަށް ވިދާޅުވީ މީގެ ކުރިން ކީމޯ ތެރެޕީގެ ހިދުމަތް ނަގަން ވެއްޖެ ނަމަ އަންނަން ޖެހެނީ މާލެއަށް ކަމަށެވެ. "ދެ ހަފްތާ ނޫނީ ތިން ހަފްތާއިން އެބަ ޖެހޭ ޕޭޝަންޓްއިން މާލެއަންނަން. ނަމަވެސް މިހާރު އެ ތަކުލީފް ވަރަށް ބޮޑަށް ލުއިވެގެން ދިޔައީ." މުންޝިދު ވިދާޅުވި އެވެ. ކީމޯ ތެރެޕީ ދޭން ފެށި ނަމަވެސް އައްޑޫގެ ހޮސްޕިޓަލްގައި ކެންސަރުގެ ސްޕެޝަލިސްޓުންގެ ޑޮކްޓަރުން ނުތިބެ އެވެ. އެހެންކަމުން ކީމޯތެރެޕީ ދީފައިވަނީ އައިޖީއެމްއެޗްގެ ސްޕެޝަލިސްޓް ޑޮކްޓަރުންގެ އިރުޝާދުގެ ދަށުންނެވެ. އައްޑޫގައި މިވަގުތު ކީމޯތެރެޕީގެ ފަރުވާ ބޭނުންވާ ހަތަރު މީހުން ތިބިކަމަށް މުންޝިދު ވިދާޅުވި އެވެ. ފުރަތަމަ ފަހަރަށް ކީމޯތެރަޕީގެ ޚިދުމަތް 25 އޭޕްރިލް ވީ ހޮނިހިރު ދުވަހު ފެށިފަ އެވެ. މިގޮތުން ކެންސަރަށް ފަރުވާކުރަމުންދާ ދެބޭފުޅަކަށް ފަރުވާ ވަނީ ދެވިފަ އެވެ. "އުއްމީދަކީ މުސްތަގުބަލުގައި ކީމޯތެރެޕީގެ ހިދުމަތް ފުޅާވެގެން ގޮސް ސްޕެޝިލްސްޓް އޮންކޮލޮޖިސްޓްއިން ތިބޭތައް މި ހޮސްޕިޓަލްއިން ފެނުން." މުންޝިދު ވިދާޅުވި އެވެ. މާލެއިން ބޭރުގައި ގާއިމްކުރި ފުރަތަމަ ޓާޝިއަރީ ހޮސްޕިޓަލް، އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ ހިދުމަތް ދޭން ފެށީ މިއަހަރު އެވެ.
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ކީމޯތެރެޕީގެ ހިދުމަތް ދޭން ފަށައިފި
އެމްއެމްޕީއާރުސީގެެ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން ކުރީގެ ރައީސް އަދި އިދިކޮޅު ސިޔާސީ ލިޑަރު ރައީސް އަބްދުﷲ ޔާމީން އެކަނި ޖަލުގައި ބެހެއްޓުމަކީ އިންސާފެއް ނޫން ކަމަށް އެމަނިކުފާނާ އެންމެ ވާދަވެރި ސިޔާސީ ލިޑަރު، ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ރައީސް ނަޝީދު މިގޮތަށް ވިދާޅުވީ، އެމްޑީޕީ ވަޓްސްއަޕް ގުރޫޕަކަށް އެމަނިކުފާނު އަތްޕުޅުން ލިޔުއްވާ ހިއްސާ ކުރެއްވި މެސެޖެއްގަ އެވެ. އެ ނޯޓުކޮޅުގައި ރައީސް ނަޝީދު ލިޔުއްވާފައި ވަނީ، ރައީސް ޔާމީންގެ އަމަލުފުޅުތަކާއި އަދި ހިޔާލުފުޅުތަކަށް އެ މަނިކުފާނު ތާއީދު ނުކުރައްވާ ކަމަށެވެ. ނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި "ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބޭންދުމުގެ މާ ބޮޑު އިންސާފެއް އަޅުގަނޑަކަށް ނުވިސްނޭ" ކަމަށް ނޯޓުކޮޅުގައި ލިޔުއްވާފައިވެ އެވެ. "އަޅުގަނޑުމެން ބުނީ ކުރީގެ ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބަލާނެ ކަމަށް. އަދި އެކަން ކުރުމުގައި ފަސްޖެހެންވީ އެއްވެސް ސަބަބެއް ވެސް ނެތް،" ރައީސް ނަޝީދު ލިޔުއްވާފައިވާ އެ މެސެޖްގައިވެ އެވެ. ކުރު އެ ނޯޓު ނިންމާލައްވަމުން ލިޔުއްވާފައި ވަނީ؛ "ހަމަ އެފަދައިން މަރު ކޮމިޝަން ވެސް ހަމަ މިފަދަ. ކުރާން ބުނި ކަންކަން އަޅުގަނޑުމެން ޖެހޭނީ ކުރަން،" ކަމަށެވެ. ރައީސް ނަޝީދު މިގޮތަށް ސަޕޯޓަރުންނަށް މެސެޖެއް ދޫކޮށްލެއްވީ، ރައީސް ޔާމީންގެ އުފަންދުވަހުގެ މުނާސަބަތުގައި އިދިކޮޅު ދެ ޕާޓީގެ ނައިބު ރައީސުން ކުރި ޓްވީޓްތައް ރީޓްވީޓް ކޮށްފައި ވަނިކޮށެވެ. އެތައް ބަޔަކަށް ހައިރާންކަން ގެނުވި އެ ރީޓްވީޓްތަކުގައި ރައީސް ޔާމީން ސިޔާސަތުތަކަށް ވެސް ތާއީދުކޮށްފައިވެ އެވެ. ރައިސް ނަޝީދު ރީޓްވީޓްކޮށްފައި ވަނީ، ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝީޔާމް ކުރެއްވި ޓްވީޓަކާއި ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ޓްވީޓްތަކެވެ. އެމްއެމްޕީއާރުސީގެ 3.2 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން މިހާތަނަށް ދައުވާއެއްކޮށް ހުކުމްކޮށް ޖަލުގައި އޮތީ ރައީސް ޔާމީން އެކަންޏެވެ. އެމަނިކުފާނު ހުކުމްކޮށްފައިވަނީ، އެމްއެމްޕީއާރްސީގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށެވެ. އެއީ ކޯޓުތަކަށް ނުފޫޒުފޯރުވައިގެން ކުރި ސިޔާސީ ހުކުމެއް ކަަމަށް އިދިކޮޅުން ބުނެއެވެ. މިހާރު އެ ހުކުމް އޮތީ ހައިކޯޓުގެ އިސްތިއުނާފު މަރުހަލާގަ އެވެ. އެކަމަކު އިސްތިއުނާފެއް ނުހިނގަ އެވެ. ދައުލަތުގެ ހަޒާނާއިން ގެއްލުނު ފައިސާތައް ހޯދުމަށާއި ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މީހުންނާއި މަރާލި މީހުންގެ މައްސަލަތައް ބެލުމަކީ މި ސަރުކާރުގެ އެންމެ ބޮޑު ރިޔާސީ ވައުދެވެ. އެކަންކަން ކުރުމަށް ގާނޫނުން ބާރުތައް ދީ، ދެ ރިޔާސީ ކޮމިޝަނެއް އުފެއްދެވި އެވެ. ނަމަވެސް ސަރުކާރަށް ދޮޅު އަހަރުވީއިރު، އެކޮމިޝަންތަކުގެ މާބޮޑު ނަތީޖާއެއް ނުފެނެ އެވެ. މިއީ މިގޮތަށް ރައީސް ނަޝީދު، ރައީސް ޔާމީންގެ ދިފާއުގައި ބަސްކޮޅެއް ވިދާޅުވި ފުރަތަމަ ފަހަރެވެ. އަދި ރައީސް ޔާމީންގެ ދިފާއުގައި ރައީސް ނަޝީދު ވާހަކަ ދައްކާފައި މިވަނީ މިދިޔަ ހަފްތާ ތެރޭ ސަރުކާރަށްވެސް މަޖިލިސް ތެރޭގައި ފާޑުވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ. ރައީސް ނަޝީދު ބަލިކުރައްވައި، ރައީސް ކަމަށް ވަޑައިގެންނެވި ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް ނަޝީދަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، 13 އަހަރަށް ޖަލަށްލި އެވެ. އޭރު ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެއީ ރައީސް ޔާމީން ސިޔާސީ ނުފޫޒު ފޯރުވައިގެން ކުރެއްވި ސިޔާސީ ހުކުމެެއް ކަމަށެވެ. އެ ހުކުމާ ގުޅިގެން 2018 ވަނަ އަހަރުގެ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ނުލިބުނު އިރު، ފަހުން ސްޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ.
ހިޔާނާތުގެ މައްސަލައިގައި ޔާމީން އެކަނި ޖަލުގައި ބެހެއްޓުން އިންސާފުވެރިއެއް ނޫން: ނަޝީދު
ލަންޑަން (17 މެއި 2020) : ކޮރޯނާވައިރަސް "ކޮވިޑް-19" ކޮންޓްރޯލު ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާ ދެކޮޅަށް އިނގިރޭސިވިލާތާއި ޖަރުމަނުގައި އެތަށް ހާސް ބަޔަކު މުޒާހަރާކޮށްފިއެވެ. މުޒާހަރާކުރި މީހުން ގޮވާލީ ކޮވިޑް-19 ކޮންޓްރޯލު ކުރުމުގެ ގޮތުން އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކާ އަދި ގައިދުރުކަމުގެ ފިޔަވަޅުތައް އުވާލުމަށެވެ. އިނގިރޭސިވިލާތުގައި މުޒާހަރާކުރި މީހުން އެއްވީ ލަންޑަނުގެ މަޝްހޫރު ހައިޑް ޕާކަށެވެ. އެތަނަށް އެއްވި މީހުން ގޮވާލަމުންދިޔައީ ދިޔައީ ކޮވިޑް-19 އާއި ގުޅިގެން އިނގިރޭސިވިލާތުގައި އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތައް އުވާލުމަށާ އަދި ގައިދުރުކަން ބެހެއްޓުމަށް މަޖްބޫރު ނުކުރުމަށެވެ. މިގޮތަށް ގޮވާލައި މުޒާހަރާކުރަން ފެށިތާ ގިނައިރުތަކެއް ނުވަނީ ލަންޑަންގެ ފުލުހުންވަނީ ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލާފައެވެ. އަދި މުޒާހަރާ ހުއްޓާލުމަށް ދެކޮޅުހެދި 19 މީހަކުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އިނގިރޭސިވިލާތަކީ ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގައި ދެވަނައަށް އެންމެ މަރު ގިނަ ގައުމެވެ. ކޮވިޑް-19 ގެ ސަބަބުން އެމެރިކާގައި 89،000 ގިނަ މީހުން މަރުވެފައިވާއިރު އިނގިރޭސިވިލާތުގައި 240،000 މީހުންނަށް އެރޯގާ ޖެހި 34،000 އަށްވުރެ ގިނަ މީހުން މަރުވެފައިއެވެ. މީގެއިތުރުން ޔޫރަޕްގެ ގިނަ ގައުމުތަކުން މިހާރު ކޮވިޑް-19 ކޮންޓްރޯލް ކޮށްފައިވާއިރު އިނގިރޭސިވިލާތުގައި އެރޯގާ އަދި ކޮންޓްރޯލެއް ނުކުރެވެއެވެ. އެހެންކަމުން ކޮވިޑް-19 ކޮންޓްރޯލު ކުރުމަށް އެޅި ހަރުކަށި ފިޔަވަޅުތަކަށް ޔޫރަޕްގެ ގިނަ ގައުމުތަކުން ލުއި ދިން ނަމަވެސް އިނގިރޭސިވިލާތުން ލުއިދޭން ނިންމާފައިވަނީ އަންނަ މަހުން ފެށިގެންނެވެ. އެހެންނަމަވެސް ފުރަބަންދުގައި އިނގިރޭސިވިލާތް ބާއްވާ މުއްދަތު ދިގުލައިގެން ދިޔުމާއެކު ގިނަ ބަޔަކަށް ނަފްސާނީ މައްސަލަތައް ކުރިމަތިވެ ފަގީރުން ގެ އަދަދު ގިނަވަމުންދާތީ މި ހަފްތާއިން ފެށިގެން އެގައުމުން ވަނީ ބައެއް ބާވަތުގެ މަސައްކަތް ކުރާ މީހުން އެކަހެރިކޮށް މަސައްކަތު ދިޔުމަށާ އަދި ޕާކުތަކަށް ދިޔުމުގެ ހުއްދަ މުސްކުޅިން ދީފައެވެ. ނަމަވެސް ޕާކުތަކަށް ދާންޖެހޭނީ ގައިދުރުވެ ތިބެގެންކަމަށް ޝަރުތުކޮށްފއި ވެއެވެ. މިނޫން ފިޔަވަޅުތަކަށް ލުއިދޭން ނިންމާފައިވަނީ އަންނަ ޖޫން މަހުން ފެށިގެންނެވެ. ޖަރުމަނުގައި މުޒާހަރާ ކުރަނީ ޖަރުމަނަށް ބަލާއިރު ކޮވިޑް-19 ކޮންޓްރޯލު ކުރުމުގެ ގޮތުން އެގައުމުން އަޅާފައިވާ ފިޔަވަޅުތައް އެއްކޮށް އުވާލުމަށް ގޮވާލައި އެތަށް ހާސްބަޔަކު އިއްޔެ ވަނީ މުޒަހަރާކޮށްފައެވެ. މުޒާހަރާކޮށްފައިވަނީ ސްޓުޑްގާޑް، މިޔުނިކް އަދި ފްރެންކްފަޓްގެ މަގުތަކުގައެވެ. ޖަރުމަނުން ވަނީ ކޮވިޑް-19 ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް މިދިޔަ ހަފްތާއިން ފެށިގެން ބޮޑެތި ލުއިތަކެއް ދީފައެވެ. ނަމަވެސް ގިނަ ބަޔަކު އެއްތަނަކަށް އެއްވުން އަދިވެސްވަނީ މަނާކޮށްފައެވެ. އަދި މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުންވަނީ މަޖްބޫރުކޮށްފައެވެ. ކޮވިޑް-19 ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އެއްކޮށް އުވާލުމަށް ގޮވާލައި ޖަރުމަނުގެ ސްޓުޑްގާޑްގައި މުޒާހަރާކުރި މީހުންގެ އަދަދު 5،000 އަށްވުރެ ގިނަ އިރު، މިއުނިކާއި ފްރެންކްފާޓުގައި 3،000 އަށްވުރެ ގިނަ މީހުން ނުކުތެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ތިބީ ގައިދުރުކުރުމަށް އިހުތިރާމުނުކޮށް، އަދި މާސްކުވެސް ނާޅައެވެ. ކަމާ ބެހޭ ފަރާތްތަކުގެ ބަސް ނޭހުމަށް ގޮވާލާކުރާ މިމުޒާހަރާތައް އިންތިޒާމުކުރަނީ ކޮވިޑް-19 އަކީ ނުރައްކާ ރޯގާއެއް ނޫންކަމާ އެއީ ރޭވުމެއް ނުވަތަ ކޮންސްޕިރަސީ ތިއަރީއެއްގެ ދަށުން މާބޮޑުކޮށްލައިގެން އުޅޭ ރޯގާއެއްކަމަށް ގަބޫލުކުރާ ޖަމާއަތްތަކުން ކަމަށް ރިޕޯޓުތައް ބުނެއެވެ. ޖަރުމަނުން ކޮވިޑް-19 ކޮންޓްރޯލް ކޮށްފައިވީނަމަވެސް މިފަދަ އަސާސެއް ނެތް ވިސްނުން ގެންގުޅޭ މީހުންގެ މުޒާހަރާތަކުގެ ސަބަބުން އެގައުމުގައި އަލުން އެރޯގާ ފެތުރިދާނެކަމުގެ ބިރުވަނީ ހީވެފައެވެ. ޖަރުމަނު ސަރުކާރުންވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކޮށްފައި ބޭއްވޭނީ ގައިދުރުކަމާއި މާސްކު އެޅުންފަދަ ފިޔަވަޅުތައް ހަރުކަށިކޮށް ތަންފީޒުކޮށްގެންކަން ބަޔާންކޮށް އެކަން ތަންފީޒު ކުރާނެކަމަށް ބުނެފައެވެ. (އަލްޖަޒީރާ)
ކޮވިޑް-19 ގެ ފިޔަވަޅުތަކާ ދެކޮޅަށް އިނގިރޭސިވިލާތާއި ޖަރުމަނުގައި މުޒާހަރާ ކުރަނީ
ކޮވިޑަށް ފަރުވާދިނުމަށް އއ. ވެލިދޫ އައިލެންޑް ރިސޯޓްގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީގައި މަސައްކަތް ކުރާ ދިވެހި އަންހެން ޑޮކްޓަރަކާއި އެމްއެންޑީއެފް ކޮމާންޓަރަކު ދަންވަރުގަޑީގައި ކޮޓަރިއަކުން އެކަހެރިކޮށް ބައްދަލުކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ. "ސަން" އަށް އެނގިފައިވާ ގޮތުގައި މި ކޮމާންޑަރަކީ، އެ ފެސިލިޓީގެ އެންމެ އިސް މީހާއެވެ. އެމްއެންޑީއެފް މޭޖާ ރޭންކްގެ އެމީހާއާއި ޑޮކްޓަރު ކޮޓަރިއެއްގައި އެކަހެރިވި މައްސަލަ ފަޅާއެރީ، އެރަށުގެ ސެކިއުރިޓީ ބަލަހައްޓާ ފުލުހުންނަށް ޑޮކްޓަރު، ކޮމާންޓަރުގެ ކޮޓަރިން ނިކުތްތަން ފެނުމުންނެވެ. އަންހެން ޑޮކްޓަރު ކޮމާންޑަރުގެ ކޮޓަރިއަށް ދަންވަރު ގަޑީ ދިޔައީ ކޮން ބޭނުމެއްގައި ކަމެއް ކަށަވަރެއް ނޫނެވެ. މި މައްސަލަ ބަލާކަން އަދި އެއްވެސް އިދާރާއަކުން މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއްނުވެއެވެ. މިކަން ފަޅާ އެރުމުން މި މައްސަލަ ނުބަލާ ދޫކޮށްލުމަށް ސަރުކާރުގެ ބައެއް އިސްފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެނގިފައިވާ ގޮތުގައި މި މައްސަލަ ފެންމަތިވުމާއެކު، މި މައްސަލައިގައި ތުހުމަތު ކުރެވޭ އަންހެން ޑޮކްޓަރު މިހާރު ވަނީ މާލެ ގެނެސްފައެވެ. ނަމަވެސް ކޮމާންޑަރު އަދިވެސް ހުރީ އެރަށުގައެވެ. ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބޭ މީހުން އެއް ކޮޓަރިން އަނެއް ކޮޓަރިން ދިޔުމަކީ މަނާ ކަމެކެވެ. މިފަދަ ތަންތަން ހިންގަމުން އަންނަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުންނެވެ. އަދި އެތަންތަނުގައި ޑޮކްޓަރުންނާއި ނަރުހުން ތިބޭ އިރު، ސެކިއުރިޓީކަންކަން ބަލަހައްޓަނީ ފުލުހުންނެވެ.
ކޮވިޑަށް ފަރުވާދޭ ޑޮކްޓަރަކާއި އެމްއެންޑީއެފް ކޮމާންޑަރެއް އެކަހެރިކޮށް ބައްދަލު ކުރި މައްސަލައެއް ފެންމަތިވެއްޖެ
މޮނީޓަރިން އުވާލި ފަހުން 28 ދުވަސް ހަމަނުވާ ރަށްތަކުގައި ޖަމާއަތުގައި ނަމާދު ކުުރުމުގެ ހުއްދަ ނުދޭ ގޮތަށް ނިންމާފައިވާ ކަމަށް ހެލްތް ޕްރޮޓެކް އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ. ބަލި ނެތް ރަށްރަށުގެ މިސްކިތްތަކުގައި މިއަދުގެ ހުކުރު ނަމާދުން ފެށިގެން، ޖަމާއަތުގައި ނަމާދު ކުރަން ހުއްދަ ދޭނެކަން އިސްލާމިކް މިނިސްޓްރީއިން އިއުލާން ކުރީ ރޭގަ އެވެ. އެހެން ނަމަވެސް، މިނިސްޓްރީއިން މިއަދު ނެރުނު ސާކިއުލާއެއްގައި މޮނިޓަރިންގެ ހާލަތާއި މީހުން ކަރަންޓީނު ކޮށްފައި ތިބުމުގެ ސަބަބުން، 25 ރަށެއްގައި ޖަމާއަތުގައި ނަމާދުކުރުން އަދި މަނާވާނެކަން ވަނީ އަންގައިފަ އެވެ. ނަމަވެސް އެ ލިސްޓްގައި ހިމެނޭ ބައެއް ރަށްރަށަކީ، މިހާރު މޮނިޓަރިންގައި ނެތް ރަށްރަށް ކަމަށް ބުނެ އާންމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމާ ގުޅިގެން ޑިރެކްޓާ އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު މިއަދު "ސަން"އަށް ވިދާޅުވީ، މިސްކިތްތައް ހުޅުވައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދޭނީ އެ ރަށެއް މޮނީޓަރިންގެ ހާލަތުން ނެގިތާ 28 ދުވަސް ހަމަވެފައިވާ ރަށްތަކަށް ކަމަށެވެ. "އަޅުގަނޑުމެން ލަފާ ދީފައިފަވަނީ އެޗްޕީއޭ އިން މޮނީޓަރިންގެ ހާލަތުން ނެގިފަހުން 28 ދުވަސް ހަމަވެފައިވާ ރަށްތަކަށް ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދިނުމަށް. އޭގެ އިތުރުން އެރަށެއްގައި މީހަކު ކަރަންޓީން ކޮށްފައިވާ ނަމަވެސް އެ ހުއްދަ ނުދިނުމަށް،" މިނިސްޓްރީގެ ލިސްޓްގައި މިހާރު މޮނީޓަރިން ހާލަތުގައި ނެތް ރަށްތައް ހިމެނެނީ ކީއްވެގެންތޯ ސުވާލުކުުރުމުން މައިމޫނާ ވިދާޅުވި އެވެ. ޖަމާއަތުގައި ނަމާދުކުރަން ހުއްދަ ނުދޭ 25 ރަށް: ހއ. ތަކަންދޫ ހއ. އުލިގަމް ހއ. ދިއްދޫ ހއ. އުތީމު ހދ. ކުޅުދުއްފުށި ހދ. ކުމުންދޫ ހދ. ހިރިމަރަދޫ ށ. ނަރުދޫ ށ. ފީވަކު ށ. މާއުނގޫދޫ ށ. މިލަންދޫ ށ. ފުނަދޫ ށ. ޅައިމަގު ށ. ގޮއިދޫ ނ. މަނަދޫ ނ. ހޮޅުދޫ ނ. ހެނބަދޫ ނ. މާފަރު ނ. ވެލިދޫ ނ. ކެނދިކުޅުދޫ ނ. މިލަދޫ ކ. ތުލުސްދޫ ހިންމަފުށި ބ. ކެންދޫ ކ. މާފުށި އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރު ރޭ ވިދާޅުވި ގޮތުގައި މޮނިޓަރިންގައި ނެތް ރަށްރަށުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދޭނީ ހާއްސަ އިންތިޒާމްތަކެއްގެ ތެރެއިން އެވެ. މިނިސްޓްރީއިން މިއަދު ނެރުނު ސާކިއުލާގައި ބުނެފައިވާ ގޮތުގައި، ޖަމާއަތުގައި ނަމާދުކުރަން މިސްކިތްތައް ހުޅުވާލާއިރު، މިސްކިތުގައި ކާޕެޓް އެޅުން މަނާވާނެ އެވެ. އަދި ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕުލައި ސާފު ކުރުމާއި، މިސްކިތުގައި ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، ކޮންމެހެން ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ނޫނީ އެއާކޯން ބޭނުން ނުކުރުމަށް ވެސް ވަނީ އަންގައިފަ އެވެ. އެއަރކޯން ބޭނުންކުރާ ނަމަވެސް ދޭތެރެ ދޭތެރެއިން މިސްކިތުގެ ދޮރުތައް ހުޅުވައި ވައި ދައުރުވާނެ ގޮތް ހެދުމަށް ވަނީ އަންގާފަ އެވެ. މީގެ އިތުރުން މިސްކިތުގެ ޖަމާއަތަށް އަންނަ މީހުން ސަމާލުކަން ދޭން ޖެހޭ ހަތަރު ކަމެއް ވެސް މިނިސްޓްރީއިން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން؛ ވުޟޫ ކޮށްގެން މިސްކިތަށް ދިއުން. ކުޑަ މުސައްލާއެއް ގެންދިއުން. މާސްކް އެޅުން. ރޯގާ ޖެހުން، ހުން އައުން އަދި ކެއްސާ ނަމަ މިސްކިތަށް ނުދިއުން. ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި އުމުރުން ދުވަސްވެފައި ތިބި މީހުން މިސްކިތައް ނުދިޔުމަށްވެސް ސާކިއުލާގައި މިނިސްޓްރީއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މޮނީޓަރިންއަށް ފަހު 28 ދުވަސް ނުވާ ރަށްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރެވޭނެ
ޑެލިވަރީ ވެހިކަލްތަކަށް ފުލުހުން ދީފަައިވާ 17 ހުއްދައެއް ގަވައިދާ ހިލާފަށް ބޭނުންކުރުމުން ބާތިލްކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ. ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ 17 ވެހިކަލް ޕާމިޓް ކެންސަލް ކޮށްފައިވަނީ ހުއްދަ ދެވިފައިވާ ކެޓަގަރީގެ ވެހިކަލް ނޫން ވެހިކަލް ދުއްވުމުގެ ސަބަބުންނާއި ލައިސަންސް ނެތް ފަރާތްތަކުން ވެހިކަލް އޮޕަރޭޓު ކޮށްފައިވާތީ ކަމަށެވެ. "ވެހިކަލް އަށް ޕާމިޓް ދޫކުރެވުނު ނަމަވެސް ޕާމިޓް ބޭނުންކުރައްވަން ވާނީ އެ ހުއްދަ ދެވިފައިވާގޮތަށް، ގާނޫނީ އިމުގެ ތެރެއިން،" ނަވީން ވިދާޅުވި އެވެ. ނަވީން ވިދާޅުވީ މިހާތަނަށް ޖުމްލަ 4353 ޑެލިވަރީ ހުއްދަ ދޫކޮށްފައިވާނެ ކަމަށެވެ. މާލެ ސަރަހައްދުގައި ލޮކްޑައުން އިއުލާނުކޮށްފައިވާއިރު ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ މުދަލާއި ކާބޯތަކެތި ޑެލިވަރީ ކުރުމުގެ ހުއްދަ ފުލުހުން އަންނަނީ ދެމުންނެވެ. ފިހާރަތަކާއި ރެސްޓޯރެންޓުތަކަށް ޑެލިވަރީގެ ހިދުމަތް ދެވޭނީ މި ފާސް ލިބިގެންނެވެ. ލޮކްޑައުން އާއި ހިލާފުވި 167 މީހެއް މިހާތަނަށް ޖޫރިމަނާކޮށްފައިވާއިރު 49 މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.
ގަވައިދާ ހިލާފުވެގެން ޑެލިވަރީކުރަން ދިން 17 ހުއްދައެއް ބާތިލްކޮށްފި
މިފްކޯއިން މަސްވެރިންނަށް 70 މިލިއަން ރުފިޔާ ދީފި އެވެ. މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ މިއަދު "ސަން" އަށް ވިދާޅުވީ މިއީ މިދިޔަ މަހު 26 އިން ފެށިގެން މިމަހުގެ 14 އަށް ދޭން ޖެހޭ ފައިސާގެ އަދަދު ކަމަށެވެ. އެއާއެކު މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ 95 ޕަސެންޓް މިހާރު ހަލާސްކޮށް ދައްކައި ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބޭންކްތައް ހުޅުވައި ފްލައިޓް ދަތުރުތައް ފެށުމުން ބާކީ ފައިސާތައް ދޫކުރާނެކަމަށް ފައުޒީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކޮރޯނާއާ ގުޅިގެން އިގްތިސާދީ މި ދަނޑިވަޅުވެސް މިފްކޯއިން މަސްވެރިންނާއެކު އޮންނާނެ ކަމަށާއި އަދި މިހާރުވެސް މިފްކޯގެ ބޯޓުތަކުން މަސްކިރަމުންދާ ކަމަށެވެ. "މަސްކިރާއިރު ވެސް އަޅުގަނޑުމެން އެބަ މަސްވެރިންނަށް އިރުޝާދު ދެން ސޯޝަލް ޑިސްޓެންސް ބެހެއްޓުން ފަދަ ކަންކަމަަށް، މަސްވެރިން މިހާރުވެސް އުއްމީދުގައި ތިބީ. މިއަދުވެސް އައްޑޫ، ހުވަދު އަތޮޅު ހިސާބުން ތިން ހަތަރު ޓަނުގެ މަސް ބާނައިފި" ފައުޒީ ވިދާޅުވި އެވެ. މަސްބަންދުކުރާ ފެލިވަރު ފެކްޓްރީގައި މިހާރުވެސް ދަޅު މަސްބަންދުކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށާއި އަދި އެކްސްޕޯޓް ކުރުމަށްވެސް މަސައްކަތް ކުރަމުންދާކަމަށް ފައުޒީ ވިދާޅުވި އެވެ. ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައި އޮތް ނަމަވެސް މަސްވެރިންނަށް މަހަށް ދިއުމުގެ ފުރުސަތު އޮތީ ހުޅުވާލައިފަ އެވެ
މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ 95 ޕަސެންޓް ދައްކައިފި
މި މަހުގެ ބާކީ އޮތް ދުވަސްތަކުގެ ތެރެއިން 18، 20 އަދި 26ވަނަ ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިދުމަތް ލިބޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ. މި ދުވަސްތަކުގެ ހެނދުނު 9:30 އިން ފެށިގެން 12:00 އަށް ބޭންކު ހުޅުވާފައި ހުންނަ ވަގުތުތަކުގައި ކަނޑައަޅާފައިވާ އަސާސީ ބައެއް ހިދުމަތްތައް ބީއެމްއެލްއިން ދޭނެ އެވެ. އެހެން ނަމަވެސް އެއްވެސް ބްރާންޗަކުން ނަގުދު ފައިސާގެ މުއާމަލާތެއް ނުކުރާނެ އެވެ. ކަސްޓަމަރުންނަށް (ހުއްދަ ލިބިފައިވާ ފަރާތްތަކަށް) ނަގުދު ފައިސާ ނެގުމާއި ޖަމާކުރުމަށް އޭޓީއެމްގެ ހިދުމަތް ލިބޭނެ އެވެ. އެގޮތުން ވިޔަފާރި އެކައުންޓަކަށް ދުވާލަކު 500،000 ރުފިޔާ އަދި އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 100،000 ރުފިޔާ ޖަމާކުރެވޭނެ އެވެ. ބޭންކް ހުޅުވާފައި ހުންނައިރު ހަަތަރު ހިދުމަތެއް ދޭ ގޮތަށް ވަނީ ނިންމައިފައެވެ. އެގޮތުން ރާއްޖެއިން ބޭރަށް ފައިސާާ ފޮނުވަން ބޭނުންވާ ފަރާތްތަކަށް ޓީޓީ އެޕްލިކޭޝަން ފޯމާއެކު ބޭނުންވާ އެހެނިހެން ލިޔުންތައް (ބިލް) އީމެއިލް InternationalTransfers@bml.com.mv މެދިވެރިކޮށް ފޮނުވޭނެ އެވެ. އަދި އިންޓަރނެޓް ބޭންކިން މެދުވެރިކޮށްވެސް ޓީޓީ ހިދުމަތަށް އެދި ހުށަހެޅޭއިރު، ހެނދުނު 11.00 ގެ ކުރިން ލިބޭ ޓީޓީ/ލެޓަރ އޮފް ކްރެޑިޓް އެ ދުވަހު ޕްރޮސެސް ކުރާނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.. ޕޭރޯލް (މުވައްޒަފުންގެ މުސާރަ ޖަމާކޮށްދިނުން) ހިދުމަތަށް އެދި ހުށަހެޅުން އީމެއިލް މެދުވެރިކޮށް ބަލައިގަތުމަށްވަނީ ހަމަޖެހިފަ އެވެ. އެ ހިދުމަތައް އެދި ހުށަހެޅުމަށް ބޭނުންވާ ލިޔުންތަކުގެ ތަފްސީލް ބޭންކުގެ ވެބްސައިޓުން ބަލައިލެވޭނެ އެވެ. ބީއެމްއެލްގެ އެކައުންޓަކަށް މުސާރަ ޖަމާކުރާނަމަ ހެނދުނު 11.00 ކުރިން ލިބޭ ހުށަހެޅުންތައް އެ ދުވަހު ޕްރޮސެސް ވާނެ އެވެ. އެހެން ބޭންކެއްގެ އެކައުންޓަކަށް މުސާރަ ޖަމާކުރާނަމަ އެދުވަހު ޕްރޮސެސްކުރެވޭނީ 10.00 ގެ ކުރިން ލިބޭ ހުށަހެޅުންތަކެވެ. ތިންވަނަ ހިދުމަތަކީ އޭޓީއެމް މެދުރިކޮށް ޖަމާ ކުރާ ޗެކްތައް ޕްރޮސެސް ކުރުމެވެ. މި ޗެކުތައް ޕްރޮސެސް ކުރާނީ ދެން ބޭންކް ހުޅުވޭ ދުވަހެއްގައި ކަަމަށާއި ހެނދުނު 11.30 ކުރިން ޖަމާ ކުރާ ބީއެމްއެލް ޗެކެއްނަމަ އެދުވަހު ޕްރޮސެސް ވާނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ. ލޯކަލް ބޭންކް ޓްރާންސްފާގެ ހިދުމަތްތަކަށް ބަލާއިރު، ހެނދުނު 10.00 ޖެހުމުގެ ކުރިން އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް ލިބޭ އޭސީއެޗް ޓްރާންސްފަރ ރިކުއެސްޓް އެ ދުވަހު ޕްރޮސެސް ވާނެ އެވެ. އަދި ހެނދުނު 11.30 ގެ ކުރިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ލިބޭ އާރް.ޓީ.ޖީ.އެސް ޓްރާންސްފަރ (100،000 ރުފިޔާއަށް ވުރެ މަތި) ރިކުއެސްޓް އެ ދުވަހު ޕްރޮސެސް ވާނެ އެވެ. އަދި ހެނދުނު 11.30 ގެ ކުރިން mirapayments@bml.com.mv އަށް އީމެއިލް މެދުވެރިކޮށް ލިބޭ އެމްއާރްޓީޖީއެސް ޓްރާންސްފަރ ރިކުއެސްޓް ވެސް އެ ދުވަހު ޕްރޮސެސް ވާނެ ކަމަށް އެ ބޭންކުން ބުންޏެވެ.
18، 20 އަދި 26ވަނަ ދުވަހު ބީއެމްއެލްގެ ހިދުމަތްތައް ލިބޭނެ
މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާގެ އާ އަލްބަމް، "ކްރޮމެޓިކާ"ގައި އާރިއާނާ ގްރާންޑޭ އާއެކު ކިޔާފައި އިން ލަވަ ރިލީޒްކުރުމާއެކު އިންޓަނެޓުގެ އެކި ޗާޓުތަކާއި ޓްރެންޑިންގެ އެއްވަނައަށް އަރައިފި އެވެ. މިމަހުގެ 29 ގައި ނެރުމަށް ހަމަޖެހިފައިވާ ކްރޮމެޓިކާގެ އެންމެ ފަހު ސިންގަލް އެއް ގޮތުގައި ނެރޭ "ރެއިން އޮން މީ" މިއަަދު ވަނީ ރިލީޒްކޮށްފައެވެ. އާރިއާނާ އާއި ގާގާ ދެފަންނާނުން ކިޔާފައިވާ އެ ލަވައަކީ މިފަހަރު އިލެކްޓްރޯނިކް ލަވައެކެވެ. ލަވަ ރިލީޒްކޮށް ގިނަ އިރުތަކެއް ނުވެ، އެ ލަވައިގެ ވާހަކަ ދައްކަން އެތައް ބަޔަކު ޓްވިޓާއަށް ގޮސްފައިވެއެވެ. މިވަގުތު "ރެއިން އޮން މީ" ހޭޝްޓެގް ޓްވިޓާ ޓްރެންޑިންގެ އެއްވަނައިގައި އޮތްއިރު އެ ލަވަ ރިލީޒްކޮށް ގިނަ އިރުތަކެއް ނުވަނީސް ވަނީ އައިޓިއުންސް ޗާޓުގެ އެއްވަނައަށް އަރާފައެވެ. އަދި ގޫގަލް ޕްލޭ މިއުޒިކް ޗާޓުގެ އެއްވަނައިގައި ވެސް މިހާރު އިނީ ރެއިން އޮން މީ އެވެ. ކޮންމެއަކަސް ފޭނުންނަށް ލޭޑީ ގާގާގެ އާ ސިންގަލް ވަރަށް ބޮޑަށް ކަމުގޮސްފިއެވެ. އޭގެތެރޭގައި އާރިއާނާގެ ގިނަ ފޭނުންނެއްވެސް ހިމެނެއެވެ. ކްރޮމެޓިކާއަކީ ލޭޑީ ގާގާގެ ފަސްވަނަ ސްޓޫޑިއޯ އަލްބަމް އެވެ. އެ އަލްބަމް ފުރަތަމަ ނެރުމަށް ހަމަޖެހިފައިވަނީ މިދިޔަ މަހުގެ 10 ގައެވެ. އެހެންނަމަވެސް ކޮވިޑް-19 އާ ގުޅިގެން އަލްބަމް ރިލީޒްކުރުން ލަސްކުރިއެވެ. ލޭޑީ ގާގާ އެންމެ ފަހުން އަލްބަމް އެއް ނެރެފައިވަނީ 2016 ވަނަ އަހަރުގައެވެ. އެއީ "ޖޮއޭން" ނަމަކަށް ކިޔާ އަލްބަމް އެކެވެ.
ލޭޑީ ގާގާ އާއި އާރިއާނާގެ ސިންގަލް އިންޓަނެޓްގެ އެއްވަނައަށް
ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރެވޭ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ، ގާނޫނީ ހިދުމަތްދޭ ތަނެއްގައި އެއްއަހަރު ދުުވަހުގެ ތަމްރީން ފުރިހަމަކުރުމާއި ބާ އިމްތިހާނު ފުރިހަމަކުރުމަށް އަމަލުކުރުން ފަސްކުރަން، ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ. މި އިސްލާހު ހުށަހެޅުއްވީ ދަނގެތީ ދާއިރާގެ މެމްބަރު، މުހައްމަދު ނާޒިމެވެ. ނާޒިމް އިސްލާހު ހުށަހެޅުއްވީ ގާނޫނީ ހިދުމަތްދޭ ތަނެއްގައި އެއްއަހަރު ދުުވަހުގެ ތަމްރީން ފުރިހަމަކުރުމާއި ބާ އިމްތިހާނު ފުރިހަމަކުރުން، މި ދެޝަރުތައް އަމަލުކުރުން 1 ޖެނުއަރީ 2021 ހަމަޔަށް ފަސްކުރުމަށެވެ. ނާޒިމްް ވިދާޅުވީ މި އިސްލާހު ހުށަހެޅުއްވީ ކޮވިޑް19 ބައްޔާ ގުޅިގެން ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށް ދަތިވެ ހުއްދަ ނުލިބުމުގެ ސަބަބުން އާމްދަނީ ހޯދުމަށް ގޮންޖެހުން ކުރިމަތިވެފައިވާ މީހުންނަށް އެކަމުގެ ހައްލު ހޯދައިދިނުމަށް ކަމަށެވެ. ނާޒިމް ވިދާޅުވެފައި ވަނީ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލް ކުރުމަށް ފަހު، ގާނޫނީ ހިދުމަތްދޭ ތަނެއްގައި އެއްއަހަރު ދުުވަހުގެ ތަމްރީން ފުރިހަމަ ކުރުމާއި ބާ އިމްތިހާނު ފުރިހަމަކުރެވިފައި ނުވާތީ 300 އަށް ވުރެ ގިނަ ވަކީލުންނަށް އާމްދަނީ ހޯދުމަށް މަސައްކަތް ފެށިފައިނުވާ ކަމަށެވެ.
ވަކީލުކަމުގެ ހުއްދަ ދޫކުރާ ޝަރުތުތަކަށް އަމަލުކުރުން ފަސްކުރަން ހުށަހަޅައިފި
ފުލުހުންނަށް މަރުގެ އިންޒާރުދިން މައްސަލައިގަިއ ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައި އަނެކަކަށް ބަންދުގެ މުއްދަތު ޖަހައިފި އެވެ. އެ ދެމީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ފުލުހުންނަށް މަރުގެ އިންޒާރު ދީ ، ބިރު ދައްކައި އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދެއްކި މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލާގައި ހައްޔަރުކުރީ 30 އަހަރުގެ ދެ ދިވެހި ފިރިހެނުން ނެވެ. ފުލުހުން ބުނީ އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމށް ކްރިމިނަލް ކޯޓަށް ގެންދިއުމުން އެކަކު ދޫކޮށްލައި އަނެކަކުގެ ބަންދަށް ހަތް ދުވަސް ޖަހައިދީފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ. މިއަހަރު ފާސްކުރި އެންޓި ޓެރަރިޒަމްގެ ބިލްގެ ދަށުން މީހުންނަށް މަރުގެ އިންޒާރު ދިނުން ފަދަ ކުށްކުށުގައި ބައެއް މީހުން ހައްޔަރުކޮށްފައިވެ އެވެ.
ފުލުހުންނަށް މަރުގެ އިންޒާރުދިން އެކަކު ދޫކޮށްލައި އަނެކަކުގެ ބަންދު ޖަހައިފި
ލޯކަލް ކައުންސިލްތަކުގެ މުއްދަތު އަންނަ މަހުގެ ތިން ވަނަ ދުވަހަށް ހަމަވާން މަހަކަށް ވުރެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު އަދިވެސް އެކަމަށް އަލި މަގެއް ނުފެނި ގާނޫނީ މާހިރުންނާއި ގާނޫނު ހެދުމަށް ރައްޔިތުންގެ މަޖިލީހަށް އިންތިހާބްކޮށްފައި ތިބި މެންބަރުންގެ މެދުގައި ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ. ކޮވިޑް-19އާ ގުޅިގެން ކައުންސިލް އިންތިހާބު ފަސްކުރަން ޖެހި، މިހާރު ތިބި ކައުންސިލަރުންގެ ދައުރު އިތުރު ކުރަން ޖެހޭތީ އެ މައްސަލައަށް ހައްލެއް ގެންނަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ "ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލު ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލް 2020" ގެ ނަމުގައި ކައުންސިލަރުންގެ އުމުރު ދިގު ދަންމާލުމަށް މަޖިލީހަށް ބިލެއް ހުށަހަޅާފަ އެވެ. އޭގެ ކުރިން ކައުންސިލްތަކުގެ ދައުރު ދިގު ދެންމުމަށް ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެއް) ވަނީ، ގާނޫނު އަސާސީއަށް ފަސްވަނަ އިސްލާހުގެ ބިލެއް ވެސް މަޖިލީހަށް ހުށަހަޅާފަ އެވެ. އެ ބިލް އެޖެންޑާ ވެސް ކުރި އެވެ. ނަމަވެސް އެބިލް އެޖެންޑާނުކޮށް ވަނީ ބާއްވައިފަ އެވެ. މިހާރު އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ މިހާރު ހުރި ކައުންސިލްތަކުގެ އުމުރަކީ ދިގުވެގެން ތިން އަހަރު ކަމަށް ގާނޫނު އަސާސީގެ އަށްވަނަ ބާބުގެ 231 ވަނަ މާއްދާގެ ށ. ގައި ސާފު ސަރީހަ އިބާރާތުން ބުނެފައި އޮތްވާ މަޖިލީހުގެ "ސިމްޕަލް" މެޖޯރިޓީއިން ފާސްކުރާ އާންމު ގާނޫނަކުން އެ މުއްދަތު އިތުރުކުރެވިދާނެ ތޯ ނުވަތަ ނޫންތޯ އުފެދޭ ސުވާލެވެ. ގިނަ ގާނޫނީ ބޭފުޅުންގެ ނަޒަރުގައި ގާނޫނު އަސާސީގައި ވަކި ގޮތަކަށް ކަމެއް ކުރަން ބަޔާންކޮށްފައި ވަނިކޮށް ހަދާ ގާނޫނަކުން އެކަން ނަފީ ކުރުން އެއީ ކުރެވޭނެ ކަމެއް ނޫނެވެ. އޭރުން އެ ވެވުނީ ގާނޫނު އަސާސީ ކަނޑައެޅިގެން ހިލާފު ކަމަށް ގާނޫނީ ބޭފުޅުން ވިދާޅުވެ އެވެ. ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތު ދެކެވަޑައިގަންނަވާ ގޮތް ވަރަށް ސާފުކޮށް ވަނީ، ހަސަން ލަތީފް ހުށަހެޅުއްވި ބިލް ދިރާސާ ކުރާ ލާމަރުކަޒީ ކޮމެޓީއަށް ފޮނުއްވިއިރު ސާފު ބަހުން ވިދާޅުވީ ގާނޫނު އަސާސީއަށް ބަދަލު ނުގެނެސް، ގާނޫނަކުން އެކަން ނުކުރެވޭނެ ކަމަށެވެ. ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު: ގާނޫނު އަސާސީއަށް އިސްލާހު ނުގެނައިސް ކައުންސިލްތަކުގެ ދައުރު ދިގު ނުދެއްމޭނެ ކަމަށް ވަނީ ވިދާޅުވެފައިި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ ކައުންސިލްތަކުގެ އުމުރު ތިން އަހަރުން ފަސް އަހަރަށް ބަދަލުކުރަން ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ނ) އަށް މިހާރު މި އޮތް މަޖިލީހުން ވަނީ އިސްލާހު ގެނެސްފަ އެވެ. އެ މާއްދާ އަށް އަމަލުކުރާ އުސޫލް ކަނޑައަޅާފައި ވަނީ ގާނޫނުއަސާސީ އަށް ފަސް ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ހަތަރު ވަނަ މާއްދާ އިން ކަން ފާހަގަކުރައްވައި ރިފްއަތު ވިދާޅުވީ އެހެން އޮއްވައި މަޖިލީހުން ފާސްކުރާ އާއްމު ގާނޫނަކުން މުއްދަތު އިތުރު ކުރެވިދާނެ ކަމަކަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. އެހެން ނަމަވެސް މެންބަރުން އުފައްދާފައިވާ އެއް ސުވާލަށް ރިއްފަތު ޖަވާބު ދެއްވާފަ އެއް ނުވެ އެވެ. އެއީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮތްވައި ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބައެއް މެންބަރުން "އުޒުރު" ދައްކަވާ މައްސަލަ އެވެ. އެކަމާއި ގުޅިގެން ކުރީގެ ރައީސް އަދި މިހާރުގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބަންޑާރަނައިބް ކަން ކުރެއްވި އަބްދުﷲ މުއިއްޒު "ސަން" އަށް ވިދާޅުވީ، ކައުންސިލްތަކުގެ ދައުރު ދިގު ދެންމުމުގެ އެންމެ ރަނގަޅު ގޮތަކީ ގާނޫނު އަސާސީއަށް ބަދަލު ގެނެސްގެން ކަމަށެވެ. އަދި ގާނޫނު އަސާސީއަަށް އިސްލާހު ގެނައުން މަނާވާނީ، ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތު، އެސްއޯއީގައި ކަމަށް އޭނާ ވިދާޅުވި އެވެ. ގާނޫނު އަސާސީ އިސްލާހު ނުކުރެވޭނެ އެއްވެސް ހާލަތެއް މިވަގުތު ނެތް ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ. އަބްދުﷲ މުއިއްޒު: އޭނާ ވިދާޅުވީ މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރެވޭނެ ކަމަށް --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް "މިއަކީ ގާނޫނު އަސާސީ އިސްލާހު ނުކުރެވޭނެ ހާލަތެއް ނޫން. ގާނޫނު އަސާސީގައި އެބުނާ ކަހަލަ ކުއްލި ނުރައްކަލުގެ ހާލަތެއް ނޫން. އެހެންވީމަ އެކަމަށް ހުރަހެއް އޮތް ކަމަކަށް ނުދެކެން،" ބާ ކައުންސިލްގެ ނައިބް ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ އަބްދުﷲ މުއިއްޒު ވިދާޅުވި އެވެ. ގާނޫނީ ގޮތުން އޮތް މަގު ސާފު ނަމަވެސް، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މި ދަނޑިވަޅުގައި ގާނޫނު އަސާސީއަށް އިސްލާހު ގެނެވިދާނެ ކަމާމެދު ސުވާލު އުފައްދައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ ބަހުސަކަށް ވެސް ހުޅުއްވާލައްވައިފަ އެވެ. އެ ފުރުސަތުގައިވެސް ދެކޮޅާއި އެއްކޮޅަށް މެންބަރުން ވާހަކަ ދެއްކެވި އެވެ. އަދި މި ހާލަތުގައި ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ގާނޫނީގޮތުން އިއުތިރާޒު ކުރާނެ ތަނެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ވަނީ ލަފާދެއްވާފަ އެވެ. އެހެން ކަމުން ގާނޫނީ މާހިރުންގެ މެދުގައި މާބޮޑު ހިޔާލު ތަފާތުވުން ނެތް ކަމެއް ގައި، އެ މަސްއޫލިއްޔަތު އަދާކުރުމުގެ ޒިންމާ އެޅިފައިވާ މެންބަރުން މި އުޅުއްވަނީ ކޮންފަދަ މަޖުބޫރީ ހާލަތެއް އައިސްގެން ހެއްޔެވެ؟ ނޫނީ މެންބަރުން ބޭނުން ފުޅުވަނީ ގާނޫނޫ އަސާސީ ފުނޑާލާފައި ވެސް އެބޭފުޅުން ހިތުގައި އޮންނަ ގޮތެއް ކައުންސިލް ނިޒާމާ މެދު ހައްދަވަން ހެއްޔެވެ؟ އެނގޭހާ ވެސް ކަމަކީ އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ކުރިން ކައުންސިލްތައް ހިންގާނެ ބަޔަކު ނެތި ދެން އުފެދޭ ގާނޫނީ ހުސްކަމެއްގެ ސަބަބުން ކުރިމަތިވާނެ ކަންކަމުން އަރައިގަތުމަށް އަނައްކާވެސް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެވެ. "އަދިވެސް ވަގުތު އެބައޮތް. މިހާރު ތިބި ކައުންސިލަރުންގެ ދައުރު 3 ޖޫން ގައި ހަމަވުމުގެ ކުރިން ގާނޫނުއަސާސީ އިސްލާހުކޮށް، ގާނޫނާ އެއްގޮތަށް ކައުންސިލަރުންގެ ދައުރުގެ މުއްދަތު އިތުރުނުކުރެވިއްޖެނަމަ، ދެން ދިމާވާ ކަންކަމުން އަރައިގަތުމަށް އުނދަގޫވާނެ،" މީގެ ކުރިން ޑެޕިއުޓީ އޭޖީކަން ވެސް ކުރެއްވި، ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވި އެވެ. އުޝާމް އެ ވިދާޅުވާ ގޮތަށް، ކައުންސިލްތަކަށް ދެން ވާނެ ގޮތަކާ މެދު މަޖިލީހަށް ފަރުވާއެއް ހޯދައި ނުދެވިއްޖެ ނަމަ ރާއްޖެއަށް އުނދަގޫ ހާލަތެއް ކުރިމަތިވެދާނެ އެވެ. ސަބަބަކީ، މި މަހު ބާއްވަން އޮތް ކައުންސިލް އިންތިހާބު ބޭއްވުން މިހާރު މި ވަނީ ގާނޫނަކުން ލަސްކޮށްފަ އެވެ. އެ ބަދަލު ގެންނަން މަޖުބޫރުވީ ކޮރޯނާވައިރަހާ އެކު ގިނަ ބަޔަކު އެއްތަނަށް އެއްވެ އުޅުން ރައްކާތެރި ނުވާތީ އެވެ. ކޮރޯނާވައިރަހުގެ ބިރު އަދިވެސް ރާއްޖޭގައި އޮތް އިރު، އެ ވައިރަހާ ދެކޮޅު މަސައްކަތުގައި ކައުންސިލްތަކުގެ ދައުރު މުހިންމުވެފައި ބޮޑެވެ. ކައުންސިލްތަކުގެ ދައުރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި ކައުންސިލްތައް ގާނޫނީ ހުސްކަމަކަށް އައިސްފި ނަމަދެން ވާނީ ކިހިނެއް ހެއްޔެވެ؟ މިފަދަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ ކޮރޯނާވައިރަހާ ދެކޮޅަށް ރާވާފައިވާ ނިޒާމް ކޮލެޕްސްވެދާނެ އެވެ. ސަބަބަކަށް ވަނީ، ރަށްރަށުގައި ހުރި ޓާސްކް ފޯސްތައް ލީޑް ކުރަނީ ކައުންސިލްތަކުން ކަމަށްވުމެވެ. އަދި އެޗްޕީއޭގެ އެންގުންތައް ތަންފީޒު ކުރަނީވެސް ކައުންސިލްތައް މެދުވެރިކޮށްގެންނެވެ. އެހެން ކަމަށްވާއިރު ކައުންސިލްތަކުގެ ގާނޫނީ ހައިސިއްޔަތު ގެއްލުމުން ނިޒާމް މަސައްކަތް ކުރުން ޔަގީނަށް ވެސް ހުއްޓިދާނެ އެވެ. އޭރުން އެންއޯއީސީގެ މަސައްކަތް ބުރަވެ، މައިކުރޯ ލެވަލްގައި ރަށްތައް މެނޭޖް ކުރުމުގެ ޒިންމާ ކޮޑުއަޅަން ޖެހިދާނެ އެވެ. އެކަމަކު އެއީ އެންއޯއީސީއަށް އުފުލޭވަރުގެ ޒިންމާއެއް ނޫނެވެ. ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވި ގޮތުގައި މަޖިލީހަށް މިވަގުތަށް ހޯދައިދެވޭނެ ހައްލަކީ، މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދަންމާލަ ދިނުމެވެ. ސަބަބަކަށް ވަނީ، ކައުންސިލަރުންނަކީ ރައްޔިތުން އިންތިހާބު ކޮށްފައި ތިބި ބަޔަކަށް ވުމުން، ރަށްރަށުގެ ހާލަތާއި ރައްޔިތުންގެ ވިންދު އެންމެ ރަނގަޅަށް މި ހާލަތުގައި އެނގޭނެ ބަޔަކީ އެބޭފުޅުންނެވެ. ބަހަނާ ދައްކާ މިހާރު ތިބި ކައުންސިލަރުން ގެއަށް ފޮނުވާލައިގެން ހޯދޭނެ މާ މޮޅު ހައްލެއް މިވަގުތު ނެތް ކަމަށް ވެސް ހިސާން ގަބޫލު ކުރައްވަ އެވެ. އޮކްޓޯބަރ 21، 2018: މެންބަރު ލޯޔަރު ހިސާން ހުސެއިންނާއި މެންބަރު ހަސަން ލަތީފް -- ސަން ފޮޓޯ// ފަޔާޒު މޫސާ "އަޅުގަނޑަކަށް ތާއީދެއް ނުކުރެވޭކަން މިހާރު މިތިބަ ކައުންސިލަރުން އެމީހުންގެ މުއްދަތު ހަމަވީމަ ލޯކަލް ކައުންސިލް އިންތިހާބު ނުބޭއްވޭ ކަމަށް ވަނީނަމަ ގެއަށް ފޮނުވާލާކަށް. މިހާރު މަގާމުގެ މައްސޫލިއްޔަތާ ހަވާލުވެ ތިއްބެވި ބޭފުޅުންނަކީ އެއީ. ރަށުގެ ހާލަތު އެންމެ ރަނގަޅަށް އެނގޭ ބޭފުޅުންނަކީ އެއީ. މިހާރު ރާއްޖެ މިއޮތް ހާލަތުގައި މި މަސައްކަތުގައި އެންމެ ބުރަކޮށް އުޅުއްވާ ބޭފުޅުންނަކީ އެއީ،" ހިސާން ވިދާޅުވި އެވެ. ހިސާން ވެސް ގަބޫލު ކުރައްވަނީ ގާނޫނަކުން ކައުންސިލްތަކުގެ ދިގު ނުދެންމޭނެ ކަމަށެވެ. ގާނޫނު އަސާސީއާ ފުށުއަރާ ބިލެއް އިސްލާހު ކުރުމުގެ މަސައްކަތް މަޖިލީހުގައި ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ގަބޫލެއް ނުކުރައްވަ އެވެ. ގިނަ ގާނޫނީ ވަކީލުންނެކޭ އެއްގޮތަށް ހިސާން ވެސް ދެއްވާ ހައްލަކީ ގާނޫނު އަސާސީއަށް ގެންނަ އިސްލާހަކުން މިހާރު ކައުންސިލްތަކުގެ ދައުރު ދިގު ދަންމާލުމެވެ. ކައުންސިލްތަކުގެ ދައުރު ދިގު ނުދަންމާ މަޖިލީހަށް ދެއްކޭނެ ބަހަނާއެއް ހަގީގަތުގައި ވެސް ނެތެވެ. ކައުންސިލްތަކުގެ ދައުރު ދިގު ނުދަންމާ ނަމަ، ދެން އޮތް ހައްލަކީ ރައީސުލްޖުމްހޫރިއްޔާ ނޫނީ ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ރަށެއް ހިންގާނެ ބަޔަކު ކަނޑައެޅުމެވެ. އެކަމަކު ރަށެއް ހިންގުން މި ދަނޑިވަޅުގައި އެންމެ މީހެއްގެ އަތަށް ދޫކޮށްލުމަކީ ކުރަން ހެޔޮވާވަރު ކަމެއް ހެއްޔެވެ؟ އަދި އެއީ ޑިމޮކްރަސީގެ އުސޫލާއި ރާއްޖޭގައި މި އޮތް ލާމަރުކަޒީ ނިޒާމާ ދިމާ އިދިކީލި ކަތީބު ނިޒާމާ ގާތްގޮތެކެވެ. އެހެން ވީއިރު، މުޅި ނިޒާމް ފުނޑުފުނޑުވާން ދޫކޮށްލަން މަޖިލީހަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟ މަޖިލީހަށް ހޯދަން ޖެހޭ ގާނޫނީ ހައްލު އަވަހަށް ހައްލު ހޯދާށެވެ. އަދި ވަގުތު އެބަ އޮތެވެ.
މަޖިލީޙުގެ ބަހަނާއިން ލާމަރުކަޒީ ނިޒާމު ފުނޑާލަނީތަ؟
މިއަދުގެ އެކި ވަގުތު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ވައިގަދަވެ ވިއްސާރަ ކުރުން އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފި އެވެ. މިދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަނީ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހެމުންނެވެ. މެޓް އޮފީހުން މިއަދު ބުނެފައިވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްއިރު، ވައިގަދަވެ ރާއްހޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައްވެސް ގަދަވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި އިތުރަށް ކަނޑު ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ. މެޓް އޮފީހުން ބުނެފައިވަނީ ދެކުނު އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިޖެހުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ. މެޓް އޮފީހުން ބުނީ ދިޔަވަރު ބޮޑުވާ ވަގުތު ރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އެރުމަކީ އެކަށިގެންވާ ކަމެއް ކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެދިފަ އެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ބައެއް ރަށްރަށަށް އުދައަރާފާނެ
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ ކޮމެޓީއަށް ފޮނުވައިފި އެވެ. ކޮވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ވަނީ ފަސްކޮށްފަ އެވެ. މިހާރުތިބި ކައުންސިލްތަކުގެ ދައުރު ހަމަވާނީ، ޖޫން ތިން ވަނަ ދުވަހަށެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020 ހުށަހެޅުއްވީ، ތުޅާދޫ ދައިރާ މެމްބަރު ހިސާން ހުސައިންނެވެ. އެ ބިލް ބަލައިގަތުމަށް 60 މެންބަރުން ވޯޓު ދެއްވި އިރު ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ. މި ބިލަކީ، އާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ހާލަތެއް ނެތް ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުން ނޫނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ނުބޭއްވޭނެ ގޮތައް ހެދުމަށް ހުށަހަޅާފައިވާ ބިލެކެވެ. އެޓާނީ ޖެނަރަލްގެ އޮފީހުން ފަރުމާކުރި އެ ބިލުގައި ބުނާގޮތުން، ބިލް ފާސްވެ އަމަލުކުރަން ފެށުމާއި އެކު އަންނަ މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ އިންތިހާބު ފަސްކުރެވުނީ އެވެ. އަދި އިންތިހާބު އަލުން ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށަންޖެހޭނީ އިންތިހާބާ ގުޅޭ ކަންކަން ކުރިއަށް ގެންދިޔުމަކީ އޭގެ ސަބަބުން އާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުންނެވެ ބިލުގައިވާ ގޮތުގައި، އަންނަ އަހަރުގެ ޖެނުއަރީ 6 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވާ ނިންމަން ވާނެ އެވެ. އެހެން ކަމުން މިހާރު ތިބި ކައުންސިލްތަކުގެ ދައުރު އަންނަ ޖެނުއަރީ މަހުގެ 6 އަށް ދިގު ދެމިގެން ދިޔުމުގެ ފުރުސަތު އެބަ އޮތެވެ.
ކައުންސިލް އިންތިހާބު ލަސްކުރާ ބިލް މަޖިލީހަށް ބަލައިގެންފި
ކޮވިޑް 19 ގެ ސަބަބުން ސުކޫލުތައް ބަންދުކުރަން ޖެހި، އަދި މާލެ ލޮކްޑައުންކޮށް ޓެލެކްލާސްތައްވެސް ކުރިއަށް ނުގެންދެވުނު ނަމަވެސް ކްލާސް ޓީޗަރުން ދަރުވަރުންނަށް ގުޅައި ހާލު ބަލަމުން ގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ. ކޮވިޑްގެ ހާލަތުގައި ތައުލީމީ ދާއިރާގެ ކަންކަން ކުރިއަށްދާ ގޮތް ސާފުކުރުމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވަނީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކަ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ. ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ މި ހާލަތުގައި ދަރިވަރުންގެ ހާލު ބަލަން މަދުވެގެން ތިން ދުވަހުން އެއްދުވަހުން ކުދިންނަށް ގުޅުމަށް ޓީޗަރުންނަށް އަންގާފައި ވާނެ ކަމަށެވެ. "ޓީޗަރުންނަށް އެންގިން އެންމެ މަދުވެގެން ތިން ދުވަހުން އެއްދުވަހު ކުދިންނަށް ކްލާސް ޓީޗަރު ކުދިންނަށް ގުޅާލައި ކުދިންގެ ހާލު ބަލާލައްޗޭ. އެއީ މިފަދަ ހާލަތެއްގައި އަޅުގަނޑުމެންނަށް ވަރަށް މުހިންމު ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަން. އަދި އާއިލާތައް ވަރަށް ދަތި ހާލެއްގައި އުޅެމުން ގެންދިޔައީ،" މިނިސްޓަރު ވިދާޅުވި އެވެ. ކުދިންނަށް ވެދެވެން އޮތް އެހީތެރިކަމެއް ޓީޗަރުންގެ ފަރާތުން ވެދިނުމަށްވެސް އެދިފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެކަން ކުރިއަށް ދާ ކަމަށްވެސް ވިދާޅުވި އެވެ. އޭގެ އިތުރުން ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް، އެ ކުދިންނަށް ކިޔަވައިދޭ ޓީޗަރު އަދި ލީޑިންގް ޓީޗަރު ކޮންމެ ދުވަހަކުހެން ގުޅަމުން ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއީ އެކުދިންގެ ހާލު ބެލުމަށާއި ބެލެނިވެރިންނަށް ބޭނުންވާ އިތުރު އެހީ ފޯރުކޮށްދިނުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެއިތުރުން ދަތި ހާލުގައި އުޅޭ ކުދިން އަދި މީގެ ކުރިން ސުކޫލުން ކެއުމުގެ އިންތިޒާމު ހަމަޖައްސައިދީފައި ތިބި ކުދިންނަށް އެހީވުމަށް ޔުނިސެފްގެ އެހީގައި ކަންކަން ހަމަޖެއްސި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. "މިހާރު އެކަމަކު ލޮކްޑައުންގެ މުއްދަތު އިތުރަށް 14 ދުވަހަށް އިތުރުކުރުމާ ގުޅިގެން އަޅުގަނޑުމެން މި ވިސްނީ ކިޔެވުން މިހާދުވަހަށް މެދު ކަނޑާލާފައި އޮތުން އަސްލު ރަނގަޅެއް ނުވާނޭ. އެއީ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދިއުން ވަރަށް މުހިންމު. ދަރިވަރުންގެ ލާނިންގެ މޮމެންޓަމް ނުގެއްލި ކުރިއަށް ގެންދެވޭނެ ގޮތަކަށް މިހާރު އަޅުގަނޑުމެން މިދަނީ ޕްލޭންތަކެއް ކުރަމުން." މިނިސްޓަރު އައިޝަތު އަލީ ވިދާޅުވި އެވެ. އެގޮތުން މުދައްރިސުން ގޭގައި ތިބެގެން ފިލާވަޅު ތައްޔާރުކޮށް، މިނިސްޓްރީއިން ތައްޔާރުކޮށްފައި އިންނަ ޕޯޓަލްއަކަށް ފިލާވަޅުތައް ލާ ދަރިވަރުންނަށް ފޯރުކޮށްދިނުމަށް ޕްލޭން ކުރަމުން ދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ އިތުރުން ޓީވީ މެދުވެރިކޮށް ކުދިންނަށް ފިލާވަޅުތައް ގެނެސް ދިނުމަށް ފެށުމަށްޓަކައި އަނެއްކާވެސް ޓީވީ ޗެނަލްތަކާ މަޝްވަރާ ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މާލެ ލޮކްޑައުންއަށް ދިޔުމުގެ ކުރިންވެސް ޓީވީ ޗެނަލްތައް މެދުވެރިކޮށް ޓެލެކްލާސްތައް ގެނެސްދިނެވެ. ނަމަވެސް އެކުލާސްތައް ހުއްޓާލި ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވީ މާލެ ލޮކްޑައުން ކުރުމާ ގުޅިގެން ޓީޗަރުންނަށް ސުޓޫޑިއޯއަށް ދެވޭގޮތް ނުވުމާއި ޓީވީ ޗެނަލްތަކުގެ މުވައްޒަފުން މަދުކޮށް މަދު ބަޔަކު އޮފީހުގައި ލޮކްޑައުންވެ މަސައްކަތް ކުރަން ފެށުމުންނެވެ.
މިހާލަތުގައިވެސް ޓީޗަރުން ގެންދަނީ ދަރިވަރުންގެ ހާލު ބަލަމުން: މިނިސްޓަރު
ޔުކްރެއިންގައި ވިހޭ އެހެން ގައުމުތަކުގެ 100 އެއްހާ "ސަރޮގޭޓް" ކުދިން މައިންބަފައިން ގާތަށް ނުދެވި ތާށިވެއްޖެ އެެވެ. ޓެކްނޮލޮޖީގެ ގޮތުން އައި ކުރިއެރުންތަކާއެކު މިހާރު މާބަނޑުނުވެ، އެހެން މީހެއްގެ ބަނޑުގައި ދަރިއަކު ބޮޑުކޮށްގެން ކުދިން އުފަންކުރެވެ އެެވެ. އެއަށް ކިޔައި އުޅެނީ ސަރޮގޭސީ އެެވެ. އެގޮތުން ހުޅަނގު ޔޫރަޕްގެ ގިނަ ބަޔަކު މިހާރުވެސް ޔުކްރެއިންގެ ކްލިނިކްތައް މެދުވެރިކޮށް ސަރޮގޭސީ ހަދައެެވެ. ނަމަަވެސް މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ޔުކްރެެއިންގެ ބޯޑަރުތައް އޮތީ އަދިވެސް ބަންދުކޮށްފަ އެވެ. އަދި އެގޮތަށް ބޯޑަރުތައް ބަންދުކޮށްފައި އޮންނަ ނަމަ 1000 އެއްހާ އެފަދަ ކުދިން ތާށިވެދާނެ ކަމަށް ވަނީ ބެެލެވިފަ އެެވެ. ޔުކްރެއިންގެ ހިއުމަން ރައިޓްސްގެ ކޮމިޝަނަރު ލައުޑްމިލާ ޑެނިސޯވާ ވިދާޅުވީ ތުއްތު ކުދިންގެ ބެލެނިވެރިން އެކުދިންގެ ގާތަށް ގެންދިއުމަށްޓަކައި މިހާރު އެގައުމުގެ ފޮރިން މިނިސްޓްރީއާ ވާހަަކަ ދައްކަމުންދާ ކަމަށެވެެ. އެކަމަށްޓަކައި ހާއްސަ ހުއްދައެއްގެ ދަށުން މައިންބަފައިންނަށް ގައުމަށް ވަނަދޭން ދަނީ މަސައްކަތް ކުރަމުންނެވެ. ޔުކްރެއިންގެ ދަރިމައިވުމުގެ ކްލިނިކެއް ކަމަށްވާ ބަޔޯޓެކްސްކޮމްއިން އާންމުކުރި ވީޑިއޯ ކްލިޕެއްގައި ބުނީ މިހާރުވެސް 46 ތުއްތުކުދިން އެގައުމުގެ ވެރިރަށް ވެނިސްގައި ހުންނަ ހޮޓަލުގައި ބަލަހައްޓަމުންދާ ކަމަށެެވެ. އެ ކްލިޕާއެކު "ސަރޮގޭސީ"ގެ "އެތިކަލް" ކަމާމެދު އެގައުމުގެ ބައެއް ރައްޔިތުން މިހާރު ދަނީ ސުވާލު އުފައްދަމުންނެވެ. އަދި ބައެއް ހިއުމަން ރައިޓްސް އެކްޓިވިސްޓުންނާއި އޮފިޝަލުން ދަނީ އެކަން މަނާކުރަން ގޮވާލަމުންނެވެ. ސަރުގޯސީގެ ވިޔަފާރި ހުއްދަކޮށްފައިވާ ދުނިޔޭގެ މަދު ގައުމުތަކުގެ ތެރޭގައި ޔުކްރެއިން ހިމެނެ އެެވެ. އެގައުމުގެ ކްލިނިކްތަކުން އެ ހިދުމަތް ދެނީވެސް ވާދަވެރި އަގުތަކެއްގަ އެެެވެ. އޭޝިއާގެ ގިނަ ގައުމުތަކެއްގައި ސަރޮގޯސީގެ ވިޔަފާރި މަނާކުރުމުން، 2015 ވަނަ އަހަރު ޔުކްރެއިންގެ ކްލިނިކްތަކަށް އޮންނަ ޑިމާންޑްވަނީ ވަރަށް ބޮޑަށް މަތިވެސްވެފަ އެވެ. -- ސީއެންއެން
ޔުކްރެއިންގައި ވިހޭ 100 އެއްހާ "ސަރޮގޭޓް" ކުދިން މައިންބަފައިންނާ ހަވާލުނުކުރެވިފައި
ނިއުޒީލެންޑްގައި ހަފްތާއަކު ހަތަރު ދުވަހު މަސައްކަތްކުރަން ޖެހޭ ގޮތަށް ހެދުމަށް އެގައުމުގެ ބޮޑުވަޒީރު ޖަސިންޑާާ އާޑަން ހުށަހަޅުއްވައިފި އެވެ. ފޭސްބުކްގެ ލައިވް ބްރޯޑްކާސްޓެއްގައި އެކަމަނާ ވިދާޅުވީ ނިއުޒީލެންޑްގެ ޓޫރިސްޓް ހަބް ރޮޓޮރުއާގައި ބޭއްވި ބައްދަލުވުމަށް ފަހު، ހަފްތާއަކު ހަތަރު ދުވަހު މަސައްކަތް ކުރަން ޖެހޭ ގޮތަށް ހެދުމަށް ވަރަށް ގިނަ ބަޔަކު އެދެމުންދާ ކަމަށެެވެ. އެކަމަނާ އިތުރަށް ވިދާޅުވީ ވަޒީފާ އަދާކުރާ ދުވަސްތައް މަދުކުރުމަކީ ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާ ކުރާ ފަރާތުން ނިންމަން ޖެހޭ ކަމެއް ކަމަށެެވެ. އެހެން ނަމަވެސް މިދުވަސްވަރު ގޭގައި ތިބެގެން މަސައްކަތް ކުރުމުން އެތައް ފިލާވަޅެއް ދަސްވެގެން ދާނެކަމަށް ވިދާޅުވި އެވެ. މިހާރުވެސް ފްރާންސާއި ނެދަލޭންޑްސްއިން ވަނީ މަސައްކަތް ކުރަން ޖެހޭ ވަގުތު ކުޑަކޮށްދީފަ އެެވެ. އަދި ނިއުޒީލެންޑްގެ ޓްރަސްޓް ކުންފުންޏަކުން 2018 އިން ފެށިގެން ދަނީ ހަފްތާއަކު ހަތަރު ދުވަހު މަސައްކަތް ކުރަމުންނެވެ. އެ ކުންފުނިން ބުނީ އެ ގޮތަށް މަސައްކަތްކުރުމުން މުވައްޒަފުންގެ އުފެއްދުންތެރިކަން ދަށްނުވާ ކަމަށާއި އަދި "ސްޓްރެސް"ގެ މައްސަލަތައް މަދުވާ ކަމަށެެވެ. ނިއުޒީލެންޑްގައި ފުރަބަންދަށް ވަރަށް ބޮޑަށް ލުޔެއް ދޭން ފަށާފައިވާއިރު މަސައްކަތްކުރާ ގިނަ ތަންތަން ވަނީ ހުޅުވާލައިފަ އެވެ. އަދި ގައިދުރުވުމުގެ އުސޫލުތަކާ އެއްގޮތަށް ރެސްޓޯރެންޓްތަކާއި ބާތަކާއި އަދި ސްކޫލްތައް ހުޅުވާލައިފައިވާއިރު ނިއުޒީލެންޑްގެ މީހުން އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ދަތުރުކުރުމުގެ ހުއްދަ ވެސް ވަނީ ދީފއެވެ. ނިއުޒީލެންޑްގައި މިހާތަނަށް 1503 މީހަކަށް ކޮރޯނާ ޖެހުނުއިރު ބަލީގައި 21 މީހުން ވަނީ މަރުވެފަ އެވެ. އަދި ފާއިތުިވި ދުވަސްތަކުގައި ބަލި ޖެހޭ މީހުން ވަރަށް ބޮޑަށް ވަނީ މަދުވެފައެެވެ. އަދި ބުދަ ދުވަހު ވެސް ފެނިފައިވަނީ ކޮވިޑްގެ ދެ ކޭސްއެވެ. ނިއުޒީލެންޑުން ކޮވިޑްއާ ދެކޮޅަށް ކުރި ހަނގުރާމަ ކާމިޔާބުވެ ބޮޑުވަޒީރުގެ މަގުބޫލްކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ދާދި ފަހުން ކުރި ސާވޭއެއްގައި 60 ޕަސެންޓް މީހުން ބުނީ ޖަސިންޑާގެ ޕާޓީއަށް ސަޕޯޓް ކުރާ ކަމަށެެވެ. އޭބީސީ ނިއުސް
ހަފްތާއަކު ހަތަރު ދުވަހު މަސައްކަތް ކުރަން ނިއުޒީލެންޑްގެ ބޮޑުވަޒީރު ހުށަހަޅުއްވައިފި
ފުލުހުންނަށް މަރުގެ އިންޒާރު ދިން ދެ މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު މީޑިއާ އަށް ވިދާޅުވީ މިދިޔަ ހުކުރު ދުވަހުގެ ރޭ ފުލުހުންނަށް މަރުގެ އިންޒާރު ދީ ، ބިރު ދައްކައި އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދެއްކި މައްސަލައަކާ ގުޅިގެން ރޭ ދަންވަރު ދެ މީހަކު ހައްޔަރުކުރި ކަމަށެވެ. އެ މައްސަލާގައި ހައްޔަރުކުރީ 30 އަހަރުގެ ދެ ދިވެހި ފިރިހެނުން ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ. ފުލުހުން ހަމައެކަނި ބުނީ އެ މައްސަލަ މިހާރު ތަހުގީގް ކުރުމުންދާ ކަމަށެވެ. މިއަހަރު ފާސްކުރި އެންޓި ޓެރަރިޒަމްގެ ބިލްގެ ދަށުން މީހުންނަށް މަރުގެ އިންޒާރު ދިނުން ފަދަ ކުށްކުށުގައި ބައެއް މީހުން ހައްޔަރުކޮށްފައިވެ އެވެ.
ފުލުހުންނަށް މަރުގެ އިންޒާރު ދިން ދެ މީހަކު ހައްޔަރުކޮށްފި
ޓެލްއަވީވް (17 މެއި 2020) : އިސްރާއީލުގައި ހުންނަވާ ޗައިނާގެ ސަފީރު ޑޫވެއި ކުއްލި ގޮތަކަށް އަވަހާރަވެއްޖެ އެވެ. އިސްރާއީލު ފުލުހުންގެ ތަރްޖަމާނަކު ވިދާޅުވީ ޑޫވެއި އަވަހާރަވެފައި ވަނީ ތަބީއީ މަރަކުން ކަމަށް ބެލެވިފައިވާ ކަމަށާ ނަމަވެސް އޭނާ އަވަހާރަވި ސަބަބު ބެލުމުގެ މަސައްކަތް ފަށާފައިވާ ކަމުގައެވެ. އުމުރުފުޅުން 58 އަހަރުގެ ޑޫވެއި އަވަހާރަވެފައި ވަނިކޮށް ފެނުނީ މިއަދު ހެނދުނުއެވެ. އޭނާ ފެނުނުއިރު އޮންނެވީ ޓެލްއަވީވްގެ އުތުރުގައިވާ ކުޑަ ސިޓީއެއް ކަމަށްވާ ހިރްތިސްލިޔާގައި ހުންނަ އޭނާ ދިރިއުޅުއްވާގޭގައި އޭނާ ނިދިކުރައްވާ ކޮޓަރީގެ އެނދުގަ އެވެ. ޑޫވެއިގެ ހަށިކޮޅުގެ އެއްވެސް ތަނަކަށް ގެއްލުމެއް އަދި އަނިޔާއެއް ލިބިފައިނުވާކަމަށާއިއެގޭގައި ވެސް އާދަޔާ ޚިލާފު ކަމެއް ހިނގާފައިނުވާކަމަށް އިސްރާއީލު ފުލުހުންގެ ތަރްޖަމާނު ވިދާޅުވިއެވެ. ޗައިނާގެ ސަފީރު ދިރިއުޅުއްވާ ގެކޮޅުގެ ކައިރީގައި އިސްރާއީލުގެ ފުލުހުން ހަރަކާތްތެރިވަނީ ސަފީރު ޑޫވެއި އަވަހާރަވި މައްސަލައާގުޅިގެން ޗައިނާގެ ޚާރިޖީ ވުޒާރާއާއި އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން މުޢާމަލާތްތައް ކުރަމުން ގެންދިޔަނަމަވެސް ޑޫވެއިގެ މަރާބެހޭގޮތުން ޗައިނާ ސަރުކާރުން އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެއެވެ. ޑޫވެއި ގެ ހަށިކޮޅު ބެއްލެވި ޑޮކްޓަރުންނާ ހަވާލާދީ އިސްރާއީލުގެ ޗެނެލް 12 ބުނާގޮތުން އޭނާ އަވަހާރަވެފައިވަނީ ނިދުމުގެ ތެރޭގައި ހިތްޕުޅަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. ކޮން މައްސަލައެއްކަން އެނގޭނީ އެކަން ބެލުމަށްފަހުގައި ކަމަށާ ބެލުމުގެ ކަންތައް އިސްރާއީލު ފުލުހުންގެ ޑޮކްޓަރުންގެ ޓީމަކުން ކުރަމުން ގެންދާކަމަށް ޗެނެލް 12 ބުނެފައިވެއެވެ. ރިޕޯޓްތައް ބުނާގޮތުން ޑޫވެއި އިސްރާއީލުގައި ދިރިއުޅުއްވަނީ ގިނިކަންޏާއެވެ. އޭނާގެ އާއިލާ ދިރިއުޅެނީ ޗައިނާގައެވެ. ޑޫވެއި ގެ ފިރިހެން ދަރިއަކާއި އަނބިކަނބަލަކު ހުންނަ ކަމަށް ވެއެވެ. ޗައިނާ ސަރުކާރުން ގެންދަނީ ޑޫވެއި ގެ ހަށިކޮޅު ގައުމަށް ގެނައުމަށް ޓަކައި އިސްރާއީލަށް ޚާއްސަ ޖެޓެއް ފޮނުވަން ތައްޔާރުވަމުން ކަމަށް ޚަބަރު ލިބެއެވެ. (އިސްރާއީލުގެ މީޑިއާ + އަލްޖަޒީރާ)
އިސްރާއީލުގައި ހުންނަވާ ޗައިނާގެ ސަފީރު ގޮތްނޭނގޭ ގޮތަކަށް އަވަހާރަވެއްޖެ
މާސްކާއި އެހެނިހެން ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއައި) ނެތް ކަމަށް ބުނި އިންޑިއާގެ ޑޮކްޓަރު މެންޓަލް ހޮސްޕިޓަލަކަށް ގެންގޮސްފި އެެވެ. ހޭނައްތާ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޑރ، ސުދާކަރު ރާއޯ އެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަތާ 20 އަހަރު ވަނީ ވެފަ އެވެ. މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅު ރާއޯ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޑޮކްޓަރުންނަށް އެކަށީގެންވާ އަދަދަށް ޕީޕީއީ ނުލިބޭ ކަމަށެވެ. އަދި ބައްދަލުވުމެއްގައި އެކަމާ ގުޅޭ ގޮތުން މައްސަލަ ޖެއްސުމުން އެބައްދަލުވުމުން ނިކުންނަން އެންގިކަމަށް ވަނީ ބުނެފަ އެވެ. އަދި އެ ކްލިޕް ވަނީ ފަހުން ވައިރަލް ވެގެން ގޮސްފަ އެވެ. "އަޅުގަނޑުމެންގެ ކައިރީގައި ބުނީ 15 ދުވަސް ވަންދެން އެއް މާސްކް ބޭނުން ކުރާށޭ. އެއަށް ފަހުގައޭ އާ މާސްކެއް ލިބޭނީ،. ކިހިނެއްތޯ މިހެން ފުރާނަ އައްމައްޗަށް ލައިގެންތިބޭ ހާލުގައި ބަލި މީހުން ބަލާނީ،" އޭނާ ވިދާޅުވި އެވެ. ރާއޯ ވިދާޅުވީ އޭގެ ފަހުން އޭނާއަށް އެކި ކަހަލަ ގޮތްގޮތުން ފުރައްސާރަތައް ކުރިމަތިވަމުން ދިޔަކަމށެވެެ. އޭނާ ހައިވޭއެއްގެ މަތީގައި ހައްޔަރުކޮށްގެން ގެންދާ މަންޒަރުތަކުން މުޅި ސޯޝަލް މީޑިއާ ވެސް ވަނީ ފުރާލައިފަ އެވެެ. ހައްޔަރުކޮށްގެން ގެންދާއިރު ޑޮކްޓަރު ހުރީ ހުސްގަޔާއެެވެ. އޭނާ ފުލުހުންނާ ދިމާއަށް ހަޅާލަވާ މަންޒަރުތައް ވެސް ވަރަށް ރީއްޗަށް ފެނެއެވެެ. ފުލުހުން ބުނީ އެ ޑޮކްޓަރު މިހާރު ސަސްޕެންޑްކޮށްފައިވާ ކަމަށާއި އަދި އޭނާގެ މައްސަލަ މިހާރު ބަލަމުންދާ ކަމަށެެވެ. ރާއޯ، ހައްޔަރުކޮށްގެން ދިޔަ މަގުމަތީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާލުވީ ފުލުހުން އޭނާ މަގުމަތީގައި އުޅެނިކޮށް ފުލުހުން އައިސް ހުއްޓުވައި ކާރަށް އަރުވަން މަސައްކަތް ކުރި ކަަމަށެވެެ. "އެ މީހުން އައިސް އަހަރެންގެ ފޯނާއި ވޮލެޓް އަތުލީ،" އޭނާ ވިދާޅުވި އެވެ. ނަމަވެސް ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ މަގުމަތީގައި ބޮއެގެން އުޅޭކަމަށް މީހަކު ކުރި ރިޕޯޓަކާ ގުޅިގެން ކަމަށެވެ. އަދި މަގުމަތީގައި ހުރި ފުލުހުން ބެރިކޭޑެއް ފަޅާލައި އޭނާ ދާން އުޅުނު ކަމަށާއި އަދި އޭނާ ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދެއްކުމުން ކަމަށެވެ. -- ބީބީސީ
މާސްކު ނެތް ކަމަށް ބުނި އިންޑިއާގެ ޑޮކްޓަރަކު މޮޔައިގެންގެ ހޮސްޕިޓަލަކަށް ގެންގޮސްފި
ދައުލަތުގެ ހިދުމަތްތައް މެދުނުކެޑި ކުރިއަށް ގެންދިޔުމަށް ބޭނުންވާ 4.4 ބިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީއަށް ދޫކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ. އެގޮތަށް ފާސްކޮށްފައި ވަނީ 60 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ހަތް މެންބަރަކު ވަނީ ވޯޓު ދެއްވައިފަ އެވެ. ކޮވިޑް 19 އާ ގުޅިގެން އައިސްފައިވާ އިގްތިސާދީ އަދި މާލީ ލޮޅުންތަކާ އެކު ދައުލަތުގެ ހަރަދުތަކަށް ބޭނުންވާ ކޭޝްފްލޯ ހޯދުމަށް ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނަށް ލުއިތަކެއް ހޯދައިދިނުމަށް އެދި މިނިސްޓަރު މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، ދައުލަތުގެ އާމްދަނީ އާއި ފައިނޭންސިންގެ ގޮތުގައި ވަންނަ ފައިސާ އިންތިހާއަށް މަދުވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން، ކުރު މުއްދަތުގައި ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށް ޓަކައި އިތުރު ފައިސާ ހޯދޭނެ ގޮތްތައް ވަނީ ހޯދަން ޖެހިފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ފައިސާ މިހާރުން މިހާރަށް ވެސް ދޫކުރަން ޖެހޭ ކަމަށް ބައެއް މެންބަރުން ވިދާޅުވެފައިވާ އިރު މަދު މެންބަރަކު ވަނީ އެކަމަށް ދެކޮޅު ހައްދަވައިފަ އެވެ. އެގޮތުން ސަރުކާރުގެ އެ އަމަލަކީ ރުފިޔާ ޗާޕްކުރުން ކަމަށާއި އެކަމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ވެއްޓި ތަކެތީގެ އަގު ބޮޑުވާނެ ކަން ވެސް ފާހަގަކުރެއްވި އެވެ. އެ ވާހަކަތަކަށް ރައްދު ދެއްވައި މިނިސްޓަރު އަމީރު ވިދާޅުވީ، ބޭރުގެ އެހީތައް ލިބެން ހުރި ނަމަވެސް މިވަގުތަށް ޕަބްލިކް އެކައުންޓުގެ އޯޑީ ފެސިލިޓީ އިތުރުކޮށްގެން ނޫނީ މިހާރު ކުރެވެން ހުރި ހަރަދުތައް ހަމަ ނުޖެއްސޭނެ ކަމަށެވެ. އެގޮތަށް ޕަބްލިކް އެކައުންޓް އޯވަ ޑްރޯ ކުރުމަކީ ދުނިޔޭގެ އެހެން ގައުމުތަކުން އަބަދު ވެސް ކުރާ ކަމެއް ކަމަށާއި މިހާރު ވެސް އެކަން ކުރަމުން އަންނަ ކަމަށް އަމީރު ވިދާޅުވި އެވެ. އޯވަޑްރޯ ކުރުމަކީ، ޕަބްލިކް އެކައުންޓުގައި ހުންނަ ފައިސާގެ އިތުރަށް ފައިސާ ނެގުމެމެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ، ދައުލަތުގެ ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރަނީ މިހާރު ހިނގާ ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ދިނުމަށާއި މުވައްޒަފުންގެ މުސާރަތަކަށް ހޭދަކުރުމަށް ކަމަށެވެ. އެހެން ކަމުން މިހާލަތުގައި އޯޑީ ކޮށްގެން އިގްތިސާދަށް އަސަރުތަކެއް ކުރާނަކަމަށް ނުދެކޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު އެދުނު 4.4 ބިލިއަން ރުފިޔާ ދޫކުރުމަށް މަޖިލީހުން ފާސްކޮށްފި
ކޮލަމްބޯ (މެއި 17): ސްރީލަންކާގައި ކޮވިޑް-19 ބަލި ކޮންޓްރޯލް ކުރެވިއްޖެ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ. ލަންކާގެ ހެލްތު މިނިސްޓްރީގެ ޕަބްލިކް ހެލްތު ސާވިސެސްގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ޑރ. ޕަބާ ޕަލިހަވަދަނަ ވިދާޅުވި ގޮތުގައި ފަހަކަށް އައިސް ލަންކާގެ މުޖުތަމައު ތެރެއިން ބަލީގެ ކޭސްތައް ނުފެނެ އެވެ. އަދި މިހާރު ވައިރަސް ފެތުރެނީ ކަނޑުގެ ސިފައިންގެ ކްލަސްޓާގެ މެދުގައި ކަމަށާއި އެންމެ ފަހުން ވެސް ޕޮޒިޓިވްވެފައި ވަނީ ސިފައިންނާއި އެމީހުންގެ އާއިލާގެ މެމްބަރެއް ކަމަށް ވިދާޅުވެފަ އެވެ. ޕަލިހަވަދަނަ ވަނީ ބަލި ކޮންޓުރޯލް ކުރި ނަމަވެސް ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް މީހުން އަމަލު ކުރަމުން ދިޔުމަށް އެދިވަޑައިގެންފަ އެވެ. އަދި ޖިސްމާނީ ގައިދުރުކަން ބަހައްޓާ ގިނަގިނައިން އަތް ދޮވުމާއި ގެއިން ބޭރަށް ނުކުންނަ އިރު މާސްކު އެޅުން މުހިއްމު ކަން އެކަމަނާ ފާހަގަ ކުރެއްވި އެވެ. ލަންކާގެ ނެޝަނަލް އޮޕަރޭޝަން ސެންޓާ ފޯ ޕްރިވެންޝަން އޮފް ކޮވިޑް-19 އައުޓްބްރޭކް (އެންއޯސީޕީސީއޯ)ގައި އިސްކޮށް ހުންނަވާ އަދި އެގައުމުގެ އަސްކަރިއްޔާގެ ކޮމާންޑަރު ޝަވެންދުރަ ސިލްވާ ވިދާޅުވި ގޮތުގައި އިއްޔެ އެގައުމުން ފެނިފައި ވަނީ ވައިރަހުގެ 25 ކޭސް އެވެ. އޭގެ ތެރެއިން 23 މީހުންނަކީ ކަނޑުގެ ސިފައިންނެވެ. އަދި ބާކީ ދެ މީހުންނަކީ ކަރަންޓީނު ސެންޓަރުތަކުގައި ތިބި މީހުންނެވެ. އެންއޯސީޕީސީއޯއިން ބުނި ގޮތުގައި މިހާތަނަށް އެގައުމުގެ ކަނޑުގެ ސިފައިންގެ 488 މީހަކު ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 177 މީހަކު ބަލިން ރަނގަޅުވުމުން ދޫކޮށްލާފައިވާ އިރު 311 ސިފައިންނަށް އަދިވެސް ދަނީ ފަރުވާ ދެމުންނެވެ. ލަންކާގެ ވެލިސަރަ ނޭވީ ކޭމްޕުގެ ސިފައިން މިދިޔަ މަހު ވައިރަހަށް ޕޮޒިޓިވްވާން ފެށީ ބަލި ޖެހިފައިވާ ކަމަށް ބެލެވޭ މީހަކު ފިލައިގެން އުޅޭތީ އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އޭގެ ސަބަބުން އެ ކޭމްޕުގައި ތިބި 4،000އަށް ވުރެ ގިނަ ސިފައިންނާއި އެމީހުންގެ އާއިލާގެ މެމްބަރުން ވަނީ އެތަނުގައި ކަރަންޓީނުކޮށްފަ އެވެ. އަދި އެ ކޭމްޕުގައި ދިރިއުޅޭ އެންމެން ދަނީ ޓެސްޓު ކުރަމުންނެވެ. ލަންކާގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު 960އަށް އަރާފައިވާ އިރު އޭގެ ތެރެއިން 538 މީހެއްގެ ބަލި ވަނީ ރަނގަޅުވެފަ އެވެ. އެގައުމުން ބަލީގައި މަރުވެފައި ވަނީ ނުވަ މީހެކެވެ.
ލަންކާގައި ބަލި ކޮންޓްރޯލް ކުރެވިއްޖެ: ހެލްތު މިނިސްޓްރީ
ވޮޝިންޓަން (މެއި 22): އެމެރިކާ ފުރަބަންދު ކުރުން އަވަސް ކުރި ނަމަ ކޮވިޑް-19 ޖެހިގެން މަރުވި 36،000 މީހެއްގެ ފުރާނަ ސަލާމަތް ކުރެވުނީސް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ. އެމެރިކާގެ ކޮލަމްބިއާ ޔުނިވާސިޓީން އެ ދިރާސާ ހަދާފައި ވަނީ މިމަހުގެ ތިނެކާ ހަމަޔަށް އެގައުމުގައި ކޮރޯނާވައިރަސް ފެތުރިފައިވާ މިންވަރަށް ބަލާފަ އެވެ. އޭރު އެގައުމުން ބަލީގައި މަރުވެފައި ވަނީ 65،300 ވަރަކަށް މީހުންނެވެ. އެ ދިރާސާގައިވާ ގޮތުން މާޗް މަހުގެ ފުރަތަމަ ދުވަހު އެމެރިކާ ފުރަބަންދު ކުރި ނަމަ 54،000 ފުރާނަ ސަލާމަތް ކުރެވުނީސް އެވެ. އަދި އެ މަހުގެ ދެވަނަ ހަފްތާ ތެރޭ އެފަދަ ފިޔަވަޅުތައް އެޅި ނަމަ 36،000 ފުރާނަ ސަލާމަތް ކުރެވުނީސް އެވެ. އެމެރިކާގައި ކޮރޯނާވައިރަސް ފެތުރޭ މިންވަރު ކުޑަ ކުރުމަށްޓަކައި، އެގައުމުގެ މީހުން ދަތުރުކުރާ މިންވަރު މަދު ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އިލްތިމާސް ކުރެއްވީ މާޗް 16އިގަ އެވެ. އެއީ ކޮވިޑް-19އަކީ ދުނިޔެއަށް ފެތުރިފައިވާ ބަލިމަޑުކަމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އިއުލާން ކުރިތާ ފަސް ދުވަސް ފަހުންނެވެ. މީގެ އިތުރުން އެގައުމުގެ އެކި ސްޓޭޓުތައް ފުރަބަންދު ކުރަން ފެށީ އެކި ދުވަސްތަކުގަ އެވެ. އެގޮތުން ކެލިފޯނިއާ އާއި ނިއު ޔޯކް ސްޓޭޓް 19 މާޗް އާއި 22 މާޗުގައި ފުރަބަންދު ކުރި އިރު ޖޯޖިއާގައި އެފަދަ ފިޔަވަޅުތައް އެޅީ މިދިޔަ މަހުގެ 3ގަ އެވެ. ރައީސް ޓްރަމްޕަށް ފާޑު ކިޔާ ފަރާތްތަކުން ވަނީ އެމެރިކާ ސަރުކާރުން ކޮރޯނާވައިރަހަށް ފުޅާ ދާއިރާއެއްގައި ޓެސްޓު ކުރުން ފަސް ކުރި ކަމަށާއި އޭގެ ސަބަބުން ފެބްރުއަރީ މަހާއި މާޗް މަހު ވައިރަސް ފެތުރިފައިވާ މިންވަރާ ބެހޭ ގޮތުން ސްޓޭޓުތަކަށް އެކަށީގެންވާ ވަރަށް މައުލޫމާތު ނުލިބޭ ކަމަށް ބުނެފަ އެވެ. އަދި ބަލިމަޑުކަމުގެ ނުރައްކާ ކުޑަ ކަމަށް ވިދާޅުވެ ޓްރަމްޕް އޭރު ވާހަކަ ދައްކަވަމުން ގެންދެވިކަންވެސް އެފަރާތްތަކުން ފާހަގަ ކުރެ އެވެ. ކޮލަމްބިއާ ޔުނިވާސިޓީން ވަނީ ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް އަވަހަށް އަދި ހަރުކަށި ފިޔަވަޅު އެޅުމުގެ މުހިއްމުކަން އެ ދިރާސާއިން އެނގިގެންދާ ކަމަށް ބުނެފަ އެވެ. އެ ދިރާސާ އަދި ކަމާ ބެހޭ މާހިރުންގެ ޓީމަކުން ބަލާ 'ޕިއާ ރިވިއު'ކޮށްފައި ނުވެ އެވެ. އަދި ރައީސް ޓްރަމްޕް ވަނީ އެއީ އޭނާއަށް އަމާޒުކޮށް ދިން "ސިޔާސީ ހަމަލާއެއް"ގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ. އެމެރިކާގައި މިހާތަނަށް ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1.5 މިލިއަނަށް އަރާ، ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 94،000އަށް ވުރެ އިތުރުވެފަ އެވެ.
އެމެރިކާ ފުރަބަންދު ކުރުން އަވަސް ކުރި ނަމަ 36،000 ފުރާނަ ސަލާމަތް ކުރެވުނީސް: ދިރާސާ
ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން ސައްހަ ލިޔެކިޔުން ނެތް 67 މީހަކު އެނބުރި ގައުމަށް ފޮނުވާލައިފި އެވެ. މި މީހުން އެނބުރި ގައުމަށް ފޮނުވާލާފައި ވަނީ ރާއްޖެއަށް އެހީގެ ތަކެތި ހިފައިގެން އައި ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓެއްގަ އެވެ. ރާއްޖޭގައި ގިނަ އަދަދެއްގެ ބަންގްލަދޭޝް ރައްޔިތުން ދިރިއުޅޭ އިރު އަން ޑޮކިޔުމެންޓެޑް، ނުވަތަ ސައްހަ ލިޔެކިޔުންތައް ނެތް މީހުން ވެސް ގިނަ އަދަދަކަށް އުޅެ އެވެ. ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން އަން ޑޮކިޔުމެންޓެޑް ނުވަތަ ސައްހަ ލިޔެކިޔުން ނެތް މީހުންގެ އަދަދު 63،000 އަށް ވުރެ ގިނަ ވާނެ ކަމަށް ލަފާކުރެވޭ ކަމަށް ކަމާބެހޭ އިދާރާތަކުން މީގެ ކުރިން ވަނީ ބުނެފަ އެވެ. ރާއްޖޭގައި އެކި މަސައްކަތްތައް ކުރަން ލައްކައަކަށް ވުރެ ގިނަ ބަންގަލަދޭޝް ރައްޔިތުން ހަރަކާތްތެރިވާ އިރު، ކޮރޯނާގެ މި ހާލަތުގައި އެނބުރި ގައުމަށްދާން ބޭނުން މީހުން މީގެ ކުރިން ވެސް ވަނީ ގައުމަށް ފުރުވާލައިފަ އެވެ. އެގޮތުން އެ ގައުމުގެ އަސްކަރީ މަތިންދާބޯޓެއްގައި މީގެ ކުރިން 68 މީހުން ފުރުވާލި އިރު އިއްޔެ ވެސް ވަނީ ދިވެހި ސަރުކާރުން ޗާޓަރުކުރި ބަންގްލަދޭޝްގެ މަތިންދާބޯޓުގައި އެ ގައުމުގެ 353 މީހަކު ފުރުވާލައިފަ އެވެ. ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ 1،500 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިމަހުގެ ކުރީ ކޮޅުގައި ވިދާޅުވެފަ އެވެ. ރައީސް އެހެން ވިދާޅުވި ފަހުން މިއީ ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލު ފުރަތަމަ ފަހަރެވެ. ނަަމަވެސް ކޮވިޑް-19ގެ ނުރައްކާ އެ ބިދޭސީންނަށް ބޮޑުވެފައިވާ އިރު ރައީސް އެހެން ވިދާޅުވުމުގެ ކުރިން ވެސް ވަނީ ބައެއް ބިދޭސީން އަނބުރާ ބަންގްލަދޭޝްއަށް ފޮނުވާލާފަ އެވެ. ރާއްޖެއިން މިހާތަނަށް 1078 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު އޭގެ ތެރޭގައި ބަންގްލަދޭޝްގެ 557 މީހުން ހިމެނެ އެވެ. މި ބަލި ޖެހުނު ހަތަރު މީހަކު ރާއްޖޭގައި މަރުވި އިރު އޭގެ ތެރޭ ބަންގްލަދޭޝްގެ އެކަކު ހިމެނެއެވެ.
ސައްހަ ލިޔެކިޔުން ނެތް ބަންގުލާދޭޝްެގެ 67 މީހަކު ފޮނުވާލައިފި
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކަށް މިހާތަނަށް 595 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ކަރަންޓީން ފެސިލީޓެގެ ގޮތުގައި އެންމެ ފުރަތަމަ ހަމަޖެއްސީ ހުޅުމާލޭގެ މަރުކަޒަކާއި އަދި އެސްޓީއޯގެ ތެޔޮ ރައްކާ ކުރާ ރަށް ފުނަދޫގެ އިތުރުން ރިޔާސީ ރަށް ކ. އާރަށެވެ. ނަމަވެސް ފަހުން ވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކަރަންޓީން ފެސިލިޓީތައް ގާއިމްކޮށްފަ އެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނައީ ރިސޯޓުތަކެވެ. ކަރަންޓީން ފެސިލިޓީތަކާއި ގުޅޭ ގޮތުން މަދުން ނަމަވެސް ޝަކުވާތައް ފެންމަތިވަމުން އަންނައިރު މި ފަހުން އެންމެ ބޮޑު ބަހުސްއެއް އުފެދުނީ އެ ތަނުން ރޯދަ ވީއްލަން ދިން ކާނާއާ ގުޅޭ ގޮތުންނެވެ. ވެބް މެދުވެރިކޮށް އޮންލައިންކޮށް ބޭއްވި މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން ރައީސް ނަޝީދު ވަނީ އެކަމަށް އަލިއަޅުވާލައި ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން ކަރަންޓީން އެކި ފެސިލިޓީތަކުގެ ރޯދަ ވީއްލަން ހުރި ތަކެތީގެ ލިސްޓެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާކަން ފާހަގަކުރެއްވި އެވެ. އޭގެ ތެރެއިިން އެއް ތަނުން އިއްޔެ ދީފައިހުރި ތަކެތީގެ ލިސްޓު ވަނީ ވިދާޅުވެދެއްވާފަ އެވެ. އޭގައި ހުރީ ދެ ޗަޕާތީ، ކުކުޅު ރިހަ، ކުޅިމަސް، ބަތް ކޮޅެއް، ޕިއްޒާ ފޮއްޗެއް، ކޭކު ކޮޅެއް، ބިސް ގަނޑެއް އަދި ޖޫސް ހިމެނޭ ކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފަ އެވެ. "މިހާރު ކަރަންޓީނު ފެސިލިޓީތަކަށް 595 މިލިއަން ރުފިޔާ ހަރަދު ވެއްޖެ. ދެން ކަރަންޓީން ފެސިލިޓީތަކުގައި ރޯދަ ވީއްލުމުގެ ކަންކަން ރަނގަޅަށް ގެންދިއުމަށް ސަރުކާރުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެބޭފުޅުން ކުރައްވާ އެބަ. ހުރިހާ ވަޒީރުން އެކަމުގައި ވަރަށް އަވަދި ނެތި އުޅުއްވާ،" ނަޝީދު ވިދާޅުވި އެވެ. ކަރަންޓީން ފެސިލިޓީތަކާއި ހަވާލުވެވަޑައިގަތް ހުންނެވި މިނިސްޓަރު ވެސް ރޯދަ ވީއްލަވަނީ ހަމަ އެކަނި އެ ފެސިލިޓީތަކުން ލިބެން ހުރި ތަކެތި ކަން ނަޝީދު ފާހަގަ ކުރެއްވި އެވެ. އަދި އެ ޔަގީންކަން މިނިސްޓަރު ދެއްވި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެއީ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އެވެ. ކަރަންޓީނު ފެސިލިޓީތަކުގެ ރޯދަ ވީއްލުމުގެ ބަހުސް ފެށިފައި މިވަނީ، އެ ތަނުން ރޯދަ ވީއްލުމަށް ބަތާއި މުގުރިހަ ދީފައި ހުރި ކަމަށް ބުނެ މީހަކު ކުރި ޓްވީޓްކާއި ގުޅިގެންނެވެ. ކާތަކެއްޗާއި ގުޅޭ ގޮތުން ޝަކުވާ ކުރަން ބޭނުން ނުވާ ކަމަށް ބުނެ އޭނާ ކުރި ޓްވީޓްގައި ބުނެފައިވަނީ އެފަދަ ކެއުމަށް މީގެ ކުރިން ދުވަހަކު ވެސް ރޯދަ ވީއްލަން ކާފައި ނުވާނެ ކަމަށެވެ. އަދި ދިރުވަން ވެސް އުނދަގޫ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. މާޗް މަހުގެ 21 ވަނަ ދުވަހުން ފެށިގެން ފަތުރުވެރިން ފިޔަވާ ރާއްޖެއިން ބޭރުން އަންނަ ހުރިހާ އެންމެންވެސް 14 ދުވަހު ކަރަންޓީންގައި މަޑުކުރުމަށް ވަނީ ލާޒިމްކޮށްފައެވެ. ރާއްޖޭގައި މިހާތަނަށް 12 އަށް ވުރެ ގިނަ ކަރަންޓީން ފެސިލިޓީތައް ވަނީ ގާއިމްކޮށްފަ އެވެ. އެތަންތަނުގެ ޖާގައިގެ ގޮތުގައި 1،100 އަށް ވުރެން މަތިވާނެ ކަމަށް ވެސް ސަރުކާރުން ބުނެއެވެ.
ކަރަންޓީނު ފެސިލިޓީތަކަށް 595 މިލިއަން ރުފިޔާ ހަރަދު ކޮށްފި: ނަޝީދު
ސިންގަޕޫރުގައި ފުރަތަމަ ފަހަރަށް ޒޫމް ވީޑިއޯ ކޯލް މެދުވެރިކޮށް އެ ގައުމުގެ ސުޕްރީމް ކޯޓުން މީހަކަށް މަރުގެ ހުކުމް އިއްވައިފި އެވެ. މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން ސިންގަޕޫރުގެ ކޯޓުތަކުން ބަލަމުންދާ ގިނަ މައްސަލަތަކެއްގެ ދައުވާ ކުރުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ. އަދި ޖޫން މަހުގެ ކުރިން ރަސްމީކޮށް ކޯޓުތައް ނުހުޅުވާނެ ކަން އަންގާފައި އޮތް ނަމަވެސް މިހާރުން މިހާރަށް ބަލަން ޖެހޭ ބޮޑެތި މައްސަލަތަކަށް ދައުވާ އުފުލުމާއި، ހުކުމް އިއްވުން ކުރިއަށް ގެންދެ އެވެ. އެގޮތުން ޒޫމް އެޕްލިކޭޝަން މެދުވެރިކޮށް އެގައުމުގައި ފުރަތަމަ ފަހަރަށް މީހަކު މެރުމަށް ކޯޓުން މިއަދު ވަނީ ހުކުމް ކޮށްފަ އެވެ. މެރުމަށް ހުކުމް ކޮށްފައި ވަނީ އުމުރުން 37 އަހަރުގެ ޕުނިތަން ގެނަސަން އެވެ. އޭނާއަށް މަރުގެ ހުކުމް އިއްވާފައި ވަނީ 2011 ވަނަ އަހަރު ހިންގި ޑްރަގުގެ ބޮޑު މައްސަލައެއްގައި އޭނާ ބައިވެރިވިކަން ސާބިތު ވުމުންނެވެ. ނަމަވެސް ވީޑިއޯ ކޯލެއްގެ ޒަރިިއްޔާއިން މިދަނޑިވަޅުގައި އޭނާ މެރުމަށް ކޯޓުން އެ ނިންމުން ނިންމުމާ ގުޅިގެން ގިނަބަޔަކު އަންނަނީ އެކަމަށް ފާޑު ކިޔައި، އެއަށްވުރެން މުހިއްމު މައްސަލަތައް ނުބަލާ ލަސްކުރަމުންދަނީ ކީއްވެގެންތޯ ސުވާލު އުފައްދަމުންނެވެ. މަރުގެ ހުކުމް އިއްވާފައިވާ ގެނަސަންގެ ލޯޔަރު ވެސް ވަނީ މި ނިންމުމަށް ފާޑުކިޔައި، މި މައްސަލަ އަލުން އިސްތިއުނާފް ކުރުމަށް ހުށައަޅާނެ ކަމަށް ވިދާޅުވެފަ އެވެ. ސިންގަޕޫރަކީ ގަވާއިދާ ޙިލާފަށް ޑްރަގު އެތެރަކޮށް، އެ ބޭނުން ކުރާ ފަރާތްތަކާ މެދު "ނޯ ޓޮލަރެންސް"ގެ އުސޫލު ގެންގުޅޭ ގައުމެކެވެ. އެގޮތުން 2013 ވަނަ އަހަރު އެގައުމުން މަރުގެ ހުކުމް ތަންފީޒް ކޮށްފައިވާ 18 މީހުންގެ ތެރެއިން 11 މީހުންނަކީ ޑްރަގުގެ މައްސަލަތަކުގައި ދައުވާ ކޮށްފައިވާ މީހުންނެވެ. ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ އެކު އެންމެ ބޮޑަށް ބާރުބޮޑުވި އެއް އެޕްލިކޭޝަން ކަމަށްވާ ޒޫމް އަކީ ގިނަ ބަޔަކު ގޭތެރޭގައި އައިސޮލޭޓްވެގެން ތިބެން ޖެހުމުން ގުޅުންތައް ދެމެހެއްޓުމަށާއި އެ ނޫން ވެސް މުއާމަލާތްތަކަށް ބޭނުން ކުރަމުންދާ އެޕްލިކޭޝަނެކެވެ. އަދި އެއާ އެކު ޒޫމްއަށް ލިބެން ފެށި މަގުބޫލުކަމާ އެކު އެ ބޭނުންކުރާ މީހުންގެ ޕްރައިވެސީ އާއި ކަސްޓަމަރުންގެ ޑޭޓާ ސެކިއުރިޓީއާ ދޭތެރޭ ޝައްކުކުރެވޭ ކަންތައްތަކެއް ހުންނަކަން ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ.
ޒޫމް މެދުވެރިކޮށް ސިންގަޕޫރުގައި މީހަކަށް މަރުގެ ހުކުމް އިއްވައިފި
ކޮވިޑް19 އާ ގުޅިގެން ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް ހަރަދުކުރާ މިންވަރަށް ބަދަލުތަކެއް ގެނެސްފި އެވެ. ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާގައި ބުނީ އަލަށް ގެނައި ބަދަލުތަކަށް އަމަލުކުރާނީ މި މަހުގެ މުސާރަ ޕީރިއަޑުން ފެށިގެން މިނިސްޓްރީން ވަކި ގޮތެއް ކަނޑައަޅަންދެން ކަމަށެވެ. އަލަށް ގެނައި ބަދަލުތަކުގެ ދަށުން މިނިސްޓަރުގެ ނައިބާއި އެ ފެންވަރުގެ މަގާމުތަކުން ފެށިގެން މަތީ މަގާމުތަކުގެ ތެރެއިން އަސާސީ މުސާރަ 20،000ރ އަށްވުރެ ދަށްވި ނަމަވެސް އެ މަގާމުތަކުގެ އަސާސީ މުސާރައިން 20 ޕަސެންޓު އުނިކުރަން ވަނީ ނިންމާފަ އެވެ. އެ މަގާމުތަކުގެ އަސާސީ މުސާރަ 20،000ރ އަށްވުރެ މަތި ސިޔާސީ މަގާމުތަކުގެ މުސާރަ، ކަނޑައަޅާފައިވާ ތާވަލަށް ފެތޭ ގޮތަށް އުނިކުރަން ވެސް ވަނީ ނިންމާފަ އެވެ. އެ ތާވަލުގައި ބުނާ ގޮތުން 20،000ރ އާއި އެއަށްވުރެ ދަށް މުސާރަތަކުން އެއްވެސް ޕަސެންޓެއް އުނި ނުކުރާނެ އެވެ. އަދި 20،001ރ - 30،000ރ އާ ދެމެދުގެ މުސާރަތަކުން 20 ޕަސެންޓު އުނިކުރަން ވަނީ ނިންމާފަ އެވެ. ކުރިން މި ބްރެކެޓުގައި އޮތީ 20،000ރ - 25،000ރ އާ ދެމެދުގެ މުސާރަތަކެވެ. މީގެ އިތުރުން 30،001ރ - 60،000ރ އާ ދެމެދުގެ މުސާރަތަކުން 30 ޕަސެންޓު ކަނޑަން ނިންމާފައިވާއިރު، ކުރިން އޮތީ 25،000ރ - 60،000ރ އާ ދެމެދުގެ މުސާރަތަކުން 30 ޕަސެންޓު ކެނޑުމަށެވެ. އަދި ކުރިއެކޭ ވެސް އެއްފަދައިން 60،001ރ އަށްވުރެ މަތީގެ މުސާރަތަކުން އުނިކުރަން ނިންމާފައިވަނީ 35 ޕަސެންޓެވެ. މީގެ އިތުރުން ގެއަށް ގެންދަން ލިބޭ ޖުމުލަ މުސާރައާއި އިނާޔަތްތަކުގެ ސީލިންތަށް ވެސް ފިނޭންސް މިނިސްޓްރީން ވަނީ ހިއްސާކޮށްފަ އެވެ. އަސާސީ މުސާރައާއި ގެއަށް ގެންދަން ލިބޭ ޖުމުލަ މުސާރައާއި އިނާޔަތްތައް އުނިކުރުމުން އިސްތިސްނާވާ ފަރާތްތަކުގެ ލިސްޓުގައި ހިމެނެނީ؛ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުގެ މުވައްޒަފުން ހެލްތު ޕްރޮޓެކްޝަން އެެޖެންސީގެ މުވައްޒަފުން ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ މުވައްޒަފުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މަގާމުތައް ފިޔަވައި އެހެން މުވައްޒަފުން އެމްއެންޑީއެފް މޯލްޑިވްސް ޕޮލިސް ސާވިސް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން އެ ފަރާތެއް ނިސްބަތްވާ އިދާރާއަކުން އައްޔަން ކުރުމުގެ ސަބަބުން އެ ސެންޓަރުގައި ދުވާލަކު މަދުވެގެން ހަ ގަޑިއިރު މަސައްކަތްކުރާ ފަރާތްތައް ގެއަށް ގެންދަން ލިބޭ މުސާރައާއި އިނާޔަތުގެ ކެޕް ހިސާބުކުރާއިރު ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް އެފަރާތްތަކަށް އެހީތެރިވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އެލަވަންސް ނުހިމެނޭނެ އެވެ. އަދި ބޭރުގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ގެއަށް ގެންދަން ލިބޭ މުސާރައާއި އިނާޔަތަށް ކެޕެއް ނުލާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. ކުރިން ނިންމި ގޮތަށް ފިނޭންސް މިނިސްޓްރީގެ ހުއްދައާ ނުލައި އެއްވެސް އާ މަގާމަކަށް މުވައްޒަފުން ނުނެގުމަށް އެދިފައިވާއިރު، ވަކިވާ މުވައްޒަފުންގެ ބަދަލުގައި ވެސް މިނިސްޓްރީގެ ހުއްދައާ ނުލައި އާ މުވައްޒަފުން ނުނެގުމަށް އަންގާފައިވެ އެވެ. މީގެ ކުރިން މުވައްޒަފުންނަށް ނުދޭ އާ އެލަވަންސްތައް ނުދިނުމަށާއި ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ހަފުތާއަކު 48 ގަޑިއިރު މަސައްކަތް ހަވަވުމުން އިތުރުގަޑީގެ ފައިސާ ދިނުމަށް އަންގާފައިވެ އެވެ. މުސާރައާއި އިނާޔަތުގެ ބޭރުން ދޭ އެހެނިހެން ބެނިފިޓްސް (މިސާލަކަށް އިންޝުއަރެންސް) މިނިސްޓްރީގެ ހުއްދަ ނެތި ނުދިނުމަށާއި މުއްދަތު އިތުރު ނުކުރުމަށް އަންގާފައިވާއިރު، ޕެންޝަންގެ އަދަދާއި އިތުރު ގަޑީގެ ފައިސާ ކަނޑާއިރު ބަލާނީ އަސާސީ މުސާރަ އުނިކުރަން ޖެހޭނަމަ، އުނިކުރުމުން އަންނަ އަސާސީ މުސާރައަށެވެ.
ސަރުކާރުގެ މުސާރަތައް ކުޑަކުރާ ގޮތުގެ ތަފްސީލް އާންމުކޮށްފި
ކޮންމެ އަހަރަކު ވެސް ދަނޑުވެރިން އެންމެ އިންތިޒާރު ކުރާ އެއް ދުވަސްވަރަކީ ރޯދަ މަހެވެ. އާންމުކޮށް ކުރާ ވަރަށް ވުރެ ބުރަކޮށް މަސައްކަތް ކޮށްގެން ހައްދާ ތަކެތިކޮޅު ވިއްކާލަން ފޮނުވަނީ މާލެއަށެވެ. ނަމަވެސް ރޯދަ މަހާ ގާތްވެފައިވަނިކޮށް މާލޭގައި ކޮވިޑް19 ފެތުރުމާއެކު މާލެ ސަރަހައްދު ވަނީ ބަންދުކޮށްފަ އެވެ. ދަނޑުވެރިން ހެއްދި އެތިކޮޅު ވިއްކަން ހުރި ފުރުސަތު މި ވަނީ ހަނިވެފަ އެވެ. ކޮވިޑް19ގެ ބިރުވެރިކަމާއެކު ބައެއް ރަށްތަކަށް ވެސް އަރައިފޭބުން ވަނީ މަނާކޮށްފަ އެވެ. އަދި މާލެ ލޮކްޑައުންކުރި ދުވަހު މާލެއިން ފުރައިގެން މީހުން ދިޔަ ބައެއް ރަށްތައް ވެސް އޮތީ ހަމަ އެ ހާލުގަ އެވެ. ރަށްތަކަށް އަރައިފޭބުން މަނާވި ނަމަވެސް ވަކި އުސޫލެއްގެ ދަށުން މުދާ ބަލައި ޖެޓީއާ ހަމައަށް ދިއުމުގެ ހުއްދަ އޮވެ އެވެ. ދަތިތަކާއެކު ވެސް އެއްބައި ރަށްރަށުގެ ދަނޑުވެރިން ހެއްދި ތަކެތި ވިއްކާލެވުނު ނަމަވެސް ދެންތިބި މީހުން ތިބީ ގޮތް ހުސްވެފަ އެވެ. ބ. ގޮއިދޫގެ ދަނޑުވެރިން މިއަހަރު ވެސް އެކި ބާވަތްތަކުގެ ތަކެތި ރޯދަ މަހާ ދިމާކޮށް ހެއްދި އެވެ. ގޮއިދޫ ދަނޑުވެރިއެއް ކަމަށްވާ، އަހްމަދު މަޖީދު "ސަން"އަށް ބުނީ އޭނާ ރޯދައަށް ހެއްދި އެތަކެތި ވިއްކޭނެ އަލި މަގެއް އަދި ނުފެންނަ ކަމަށެވެ. އެންމެ ބޮޑު މައްސަލައަކީ މާލެއަށް އަރައިފުރުން މަނާކޮށްފައިވުމެވެ. އަދި ލޯކަލް މާރުކޭޓް ބަންދުވުމުން އެ މީހުންގެ ތަކެތި މިވަގުތު ވިއްކޭނެ ގޮތެއް ނެތް ކަމަށް ވެސް މަޖީދު ބުންޏެވެ. "ރޯދަ މަހުގެ ފުރަތަމަ ދުވަހު އެއްޗެހި ގަންނަން މާލެއިން އައި ދޯންޏެއް. އައިގޮތަށް އެމީހުން އެތިބީ ކަރަންޓީނުގައި. އިއްޔެގައި މި ރަށުން ދޯންޏެއް ފުރި މާލެއަށް. ވަރަށް ގިނަ ދަނޑުވެރިން އެއަށް އެއްޗެހި ބަރުކުރި. ދެން މާލެ ގޮސް ވިއްކޭނެ ކަމެއް ނޭނގެ." މަޖީދު ބުންޏެވެ. ށ. ނަރުދޫ ކައުންސިލްގެ ރައީސް އަހްމަދު އާރިފް ވިދާޅުވީ އެރަށު ދަނޑުވެރިން ހެއްދި ބައެއް ތަކެތި ވިއްކޭނެ ގޮތް ހަމަޖެހިފައިވާ ކަމަށެވެ. އެ ރަށުން ރޯދައަށް ހެއްދި ތަކެތީގެ ތެރޭގައި ބަޓާނާ، ކަރާ އަދި މިރުސް ހިމެނެ އެވެ. ނަރުދޫ މީހަކު ކޮވިޑް19އަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އެއީ މާލެ ލޮކްޑައުން ކުރި ދުވަހު މާލެއިން ފުރައިގެން ދިޔަ ބޯޓެއްގެ ކެޕްޓަނެކެވެ. އެއާއެކު ނަރުދޫ ވެސް އޮތީ އަރައިފޭބުން މަނާކޮށްފަ އެވެ. އާރިފް ވިދާޅުވީ ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން މާލެ ގެންގޮސްގެން ތަކެތި ވިއްކޭނެ ގޮތް ވެސް ކައުންސިލުން ހަމަޖެއްސި ކަމަށެވެ. "ކަންތައް ވީ ގޮތުން މީހުން ޖެހިލުންވާނެ ކަންނޭނގޭ ނަރުދޫގެ އުފެއްދުންތައް ގަންނަން ވެސް،" އާރިފް ވިދާޅުވި އެވެ. ކާށިދޫއިން ވެސް ރޯދަ މަހާ ދިމާކޮށް ގިނަ ބާވަތްތަކުގެ ތަކެތި ވަނީ ހައްދާފަ އެވެ. އެ ރަށު ކައުންސިލަރު އިބްރާހިމް ފައިސަލް ވިދާޅުވީ ތަކެތި ހެއްދި ނަމަވެސް ކުރީގެ ރޯދަ މަސްތަކާ އަޅާބަލާއިރު މިއަހަރުގެ ރޯދަ މަހާ ދިމާކޮށް ދަނޑުވެރިކަން ދަށްކަމަށެވެ. "މި ދިވާވެގެން އުޅޭ ކަންތަކާ [ކޮވިޑް19] ހުރެ އެއީ. ރޯދައަށް ތައްޔާރުވަމުން އައިއިރު ވެސް އޮތީ އެ ހާލަތުގައި ކަމަށް ވީމަ، މިކަމަކާ މާބޮޑު މަސައްކަތްތަކެއް ކުރިވެފައި ނެތް އަސްލު،" ފައިސަލް ވިދާޅުވި އެވެ. ކ. ކާށިދޫ: ބިން ބޮޑު އެ ރަށަކީ ދަނޑުވެރި ރަށެއް އޭނާ ވިދާޅުވީ ތަކެތި ގަތުމަށްޓަކައި ރަށްރަށުންނާއި މާލެއިން ކޮންމެވެސް ވަރަކަށް ދޯނިތައް އަންނަ ކަމަށާއި މިދިޔަ ހަފުތާގައި ވެސް މާލެއަށް ކޮންމެވެސް ވަރަކަށް ތަރުކާރީ ފޮނުވި ކަމަށެވެ. "ކޮންމެވެސް ވަރަކަށް އާދޭ، އެކަމަކު ވާގޮތަކީ އެކޮޅުގައި [މާލޭގައި] އޭޖެންޓެއް އެބަޖެހޭ ހުންނަން. ވިއްކަން ނުތިބެވެންޏާ އަންނަ ދަތިތަކެއް މިއީ،" ފައިސަލް ވިދާޅުވި އެވެ ކޮވިޑް19ގެ ސަބަބުން ރަށްރަށުން ތަކެތި ގެނައުމުގައި ހުރި ދަތިތަކާއެކު މާލެއިން މިރުސް ލިބުން ވަނީ ދަތިތަމަކަށް ވެފަ އެވެ. މިދިޔަ ރޯދަ މަހު މާލޭގައި ފިހާރަތަކާއި މާރުކޭޓުގައި އެންމެ ބޮޑު ތަރުހީބެއް ލިބުނު އެކައްޗަކީ ކަނޑޫދޫ މިރުހެވެ. މިފަހަކަށް އައިސް ސޯޝަލް މީޑިއާ ގުރޫޕުތަކުގައި ކޮންމެވެސް ވަރަކަށް ކަނޑޫދޫ މިރުސް ވިއްކަން ޖަހާފައި ހުންނަތަން ފެނެ އެވެ. މިދިޔަ އަހަރު ވެސް އަގުބޮޑުކޮށް ވިއްކި މި ބާވަތުގެ މިރުސް ވިއްކަން ޖަހާފައިހުރީ 100 ގުރާމު 100 ރުފިޔާއަށެވެ. ލިބެން ހުރިކަން ޔަގީންކޮށްލަން ގުޅާލުމުން ބުނީ މިވަގުތު ހުރީ ވަރަށް މަދުން ކަމަށާއި އަގު ވެސް 100 ގުރާމު 150 ރުފިޔާއަށް ބޮޑުވެފައިވާ ކަމަށެވެ. ނަމަވެސް ވަރަށް އަވަހަށް ކަނޑޫދޫ މިރުހުގެ އާ ސްޓޮކެއް ލިބޭނެ ކަމަށް ބުންޏެވެ. ކަނޑޫދޫ މިރުސް: މިފަހުން ވެސް މިރުސް ކިލޯއެއް ވިއްކީ 950 އާއި 1000 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި --- ސަން ފޮޓޯ ތޮއްޑޫއިން ވެސް ވަނީ އާދިއްތަ ދުވަހުގެ ރޭ ދެ ދޯންޏަކުން 67 ޓަނުގެ ކަރާ މާލެއަށް ފޮނުވާފަ އެވެ. ތަރުކާރީއާއި ފަތްޕިލާވެލީގެ ބާވަތްތަކާއެކު ފޮނުވި ތަކެތީގެ ބަރުދަނުގައި 95ޓަނު ހުންނާނެ ކަމަށް އެ ރަށުން ކައުންސިލުން ވަނީ ބުނެފަ އެވެ. https://sun.mv/135514 މާލޭގައި ކޮވިޑް19 ފެތުރުމުގެ ސަބަބުން މާރުކޭޓުތައް ބަންދުކޮށް، ބޭރަށް ނިކުމެ އުޅުން މަނާކޮށްފައި އޮތުމުން ވިޔަފާރި ކުރާ މީހުންގެ އިތުރުން ވިޔަފާރިވެރިންނަށް ވެސް ގިނަ ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ. ރަށްރަށުން މުދާ ހިފައިގެން އަންނަ ބޯޓު ފަހަރުގައި ތިބޭ މީހުންނަށް މާލެއަށް ފޭބުން އޮތީ މަނާކޮށްފަ އެވެ. ވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ރަށްރަށަށް މީހުން އަރައިފޭބުން މަނާކުރުމާއެކު ރަށްތަކުގައި ހެއްދި ތަކެތި ވިއްކަން ފޮނުވާނެ ފުރުސަތު އޮތީ ވަރަށް ހަނިވެފަ އެވެ. މިއީ، ދަނޑުވެރިންނަށް މާޔޫސްކަން ބޮޑު ރޯދަމަހެކެވެ.
ދަނޑުވެރިން ކަރު އެލުވާލައިގެން، ހެއްދި ތަކެތި ނުވިއްކިފައި!
ހދ. ކުޅުދުއްފުށީގައި ކޮވިޑް-19ގެ ހާލަތާ ގުޅިގެން އިއުލާންކޮށްފައިވާ ފުރަބަންދު މިރޭ އުވާލައިފި އެވެ. ކުޅުދުއްފުށީ ކައުންސިލުން ވަނީ މީގެ ކުރީން ރަށުގެ ފުރަބަންދު މި މަހުގެ 23 އަށް ކުރިއަށްދާނެ ކަމަށް ނިންމާފައެވެ. ކައުންސިލުގެ ރައީސް އަބްދުއްލަތީފް ހަސަން މިރޭ ސަން އަށް ވިދާޅުވީ އިއުލާނުކޮށްފައިވާ ފުރަބަންދު މިހާރު ނަގާފައިވާ ކަމަށެވެ. އެއާއެކު އަސާސީ ހިދުމަތްތަކަށް ބޭރަށް ދިޔުމަށް ހުއްދަ ނަގަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އާންމުކޮށް ބޭރުގައި އުޅުމާއި ހޮޅުއަށިތައް ފަދަ ތަންތަނަށް ދިޔުމަށް އަދިވެސް މަނާ ވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ ފުރަބަންދު އަދި މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްތަކުގައި މާދަމާ ހުކުރު ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދުކުރަން ފެށޭނެ ކަމަށެވެ. އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަބްދުއްލަތީފް ވިދާޅުވީ ކުޅުދުއްފުށީގައިވެސް މާދަމާ ހުކުރު ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދުކުރަން ފަށާނެ ކަމަށެވެ. ކުޅުދުއްފުށީގައި ފުރަބަންދު އިއުލާނުކޮށްފައިވަނީ މިދިޔަ މަހުގެ 21 ގައެވެ. ނަމަވެސް މިމަހުގެ ކުރީކޮޅުން ފެށިގެން ފުރަބަންދުގެ ލުއިތަކެއް ކައުންސިލުން ވަނީ ދީފައެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ ފުރަބަންދުގެ މުއްދަތުގައި އެރަށުގެ ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށެވެ. އަދި ޓާސްކު ފޯސްގެ ފަރާތުން ކުރާ އެންމެ މުހިންމު ކަމަކީ އެރަށަށް ބަލި އަޔަނުދިނުމަށް ކުރާ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.
ކުޅުދުއްފުށީގެ ފުރަބަންދު އުވާލައިފި
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ދެކުނުގެ އަތޮޅުތަކަށް ރީނދޫ އެލާޓް ނެރެފި އެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ މިއަދު 13:30 އާއި 16:30 އާ ދެމެދު ގއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މި އަތޮޅުތަކަށް އާންމުކޮށް 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ. ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ރާއްޖެއާއި ދިރުން ބޭއޮފް ބެންގަލް ގައި އުފެދިފައިވާ ކޮޅިގަނޑަކާ ގުޅިގެން ކުރަމުންދާ ވިއްސާރައެކެވެ. މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ މޫސުމީ ވިއްސާރަވެސް ކުރާ ދުވަސްވަރެވެ. މޫސުން ގޯސްވާނެތީ މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެއަށް ފުރަތަމަ ފަހަރަށް ވަނީ އޮރެންޖު އެލާޓުވެސް ނެރެފައެވެ. ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަ ކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ވިލާގަނޑިގައި 50 މޭލާ 60 މޭލާ ދެމެދަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ. މެޓުން ބުނީ ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުންވެސް އެކަށީގެންވާ ކަމަށެވެ.
ދެކުނު އަތޮޅުތަކަށް ރީނދޫ އެލާޓު ނެރެފި
ކޮރޯނާ ވައިރަސްއަށް ބެލުމެއް ނެތި އިސްރާއިލްގެ އެތައް ސަތޭކަބަޔަކު މުޒާހަރާކުރަމުން އެބަދެއެވެ. ގައިދުރުކޮށްް ތިބ މާސްކުއަޅައިގެން އިސްރާއިލްގެ ރައްޔިތުން މުޒާހަރާއަށް ނުކުތީ އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔަހޫ އެ މަގާމުގައި ދެމި ހުރެވޭ ގޮތަށް ދާދި ފަހުން ހެދި ޑީލްއަކާ ގުޅިގެންނެވެ. ނަތަންޔާހޫގެ މައްޗަށް އެތަކެއް ކޮރޮޕްޝަންގެ ތުހުމަތުތަކެއް ކުރިމަތިވެފައިވާއިރު އޭނާގެ މައްސަލަ ޝަރީއަތުގައި އަދިވެސް އެބަތޮވެ. އިސްރާއިލްގައި ދާދި ފަހުން ބޭއްވި ތިން އިންތިހާބުވެސް އެެއްވެސް ބަޔަކަށް އަގުލަބިއްޔަތު ނުލިބި ސަރުކާރެއް އެކުލެވޭގޮތް އޮތީ ނުވެފައެވެ. ނަމަވެސް ދާދި ފަހުން ނަތަންޔާހޫއާ އޭނާގެ އިދިކޮޅު ލީޑަރު އަދި ކުރީގެ މިލިޓަރީ ޗީފް ބެނީ ގްރާންޓްޒްއާއެކު ވަނީ އެއްބަސްވުމެއް އެކުލަވާލައި ދެ ފަރާތުން ބާރުތައް ހިއްސާވާގޮތަށް ސަރުކާރެއް އެކުލަވާލަން ވަނީ ނިންމައިފައެވެ. އެ އެއްބަސްވުމުގެ ދަށުން ބޮޑުވަޒީރުކަމުގެ މަގާމުގައި ނަތަންޔާހޫއަށް ދެމިހުރެވޭއިރު ޖުޑީޝިއަރީގެ މަގާމުތަކަށް މީހުން އައްޔަނުކުރުމުގެ ބާރު ނަތަންޔާހޫގެ ޕާޓީއަށް އޮންނާނެއެވެ. އޭގެ ތެރޭގައި އެޓާނީ ޖެނެރަލްގެ މަގާމާއި ސްޓޭޓް ޕޮރޮސިކިއުޓާގެ މަގާމު ހިމެނެއެވެ. އެހެންކަމުން ނަތަންޔާހޫގެ ޝަރީއަތަށް ނުފޫޒުފޯރުވުމުގެ ބާރު އޮންނާނެއެވެ. ނަތަންޔާހޫގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކުގެ ތެރޭގައި އޮޅުވާލުމާއި އަދި ރިޝްވަތު ހިފުން ހިމެނެއެވެ. --- އަލްޖަޒީރާ --
ކޮރޯނާ ވައިރަސްއަށް ބެލުމެއް ނެތި އިސްރާއިލްގެ އެތައް ސަތޭކަބަޔަކު މުޒާހަރާގައި
އިޓަލީވިލާތުގެ ސިސިލީ ސަރަހައްދުގެ ކޮވިޑް-19ގެ އޮޕަރޭޝަންތައް ހިންގުމަށް ކަނޑައަޅާފައި ހުންނަ އެންމެ އިސް ކޯޑިނޭޓަރު ރިޝްވަތުގެ މައްސަލައެއްގައި އެގައުމުގެ ފުލުހުން ހައްޔަރުކޮށްފި އެވެ. އިޓަލީގެ ފުލުހުން ބުނި ގޮތުގައި ސިސިލީގެ ކޮވިޑް-19 ރެސްޕޮންސް ޓީމުގެ އެންމެ އިސްވެރިޔާ އެންޓޯނިއޯ ކަންޑޭލާގެ އިތުރުން ނުވަ ސިއްހީ އޮފިޝަލުން ވަނީ މި މައްސަލާގައި ހައްޔަރުކޮށްފަ އެވެ. ކަންޑޭލާ މިވަގުތު ހުރީ ގޭބަންދުގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މި މައްސަލައިގައި ކަންޑޭލާގެ އިތުރުން ހައްޔަރުކުރި ނުވަ އޮފިޝަލުންނަށް ތުހުމަތުކުރެވިފައި ވަނީ ސިއްހީ ސާމާނު އަދި ހިދުމަތްތައް ހޯދުމަށް ހެދި ކޮންޓްރެކްޓްތަކުން ރިޝްވަތު ހިފުމުގެ ތުހުމަތުތަކެކެވެ. އިޓަލީގެ ފުލުހުން ބުނި ގޮތުގައި 2016 ވަނަ އަހަރުން ފެށިގެން މިފަދަ އަމަލުތައް ހިންގިފައި ހުރިއިރު މިފަދަ އަމަލުތައް ހިންގާފައި ހުރި ކޮންޓްރެކްޓްތަކުގެ ޖުމްލަ އަގު 600 މިލިއަން ޔޫރޯއަށް އަރަ އެވެ. ރިޝްވަތުގެ ގޮތުގައި ޖުމްލަ 1.8 މިލިއަން ޔޫރޯ މި ފަރާތްތަކުން ހޯދާފައިވާކަމަށް އިޓަލީގެ ބައެއް މީޑިޔާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. ކޮވިޑް-19 ރެސްޕޮންސް ޓީމުގެ އިސް ވެރިޔާގެ އިތުރުން އިޓަލީގެ ޓްރަޕާނީ ސަރަހައްދުގެ ހެލްތު އޮތޯރިޓީގެ އިސްވެރިޔާ ވެސް ވަނީ މި ތުހުމަތުތަކުގައި ހައްޔަރުކުރުކޮށްފަ އެވެ. ސިސިލީގެ ޕެލާމޯ ސިޓީގެ މޭޔަރު ލިއޮލޫކާ އޯލާންޑޯ ބުނިގޮތުގައި މިއީ "ވަރަށް ވެސް ސީރިއަސް" ކޮރަޕްޝަންގެ މައްސަލަ އެކެވެ. ޕެލާމޯ ސިޓީގެ މެޖިސްޓްރޭޓް ކޯޓުން މިހާރު ވަނީ ހަތް ކުންފުންޏެއްގައި ހުރި 160،000 ޔޫރޯއަކީ ހިޔާނާތުގެ ތެރެއިން ހޯދި ރިޝްވަތުގެ ފައިސާ ކަމަށް ތުހުމަތުވާތީ އެ ފައިސާ ހިފެހެއްޓުމަށް އަމުރެއް ނެރެފަ އެވެ. އިޓަލީވިލާތަކީ މިހާރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19ގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރި ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ.
ކޮވިޑް-19ގެ ކޮރަޕްޝަނަކާ ގުޅިގެން އިޓަލީގެ އިސް އޮފިޝަލުންތަކެއް ހައްޔަރުކޮށްފި
"ކިތައްމެ ބައިވަރެއް ހުއްޓަސް ދައުލަތަށް ދައްކާން ޖެހޭ ޚަރާޖު ނެރޭން ވީމާ މީހުން ތިބޭނީ ބުރަ ވެފަ. ވީމާ އަވަސް ކުރޭ." އިސް ވަޒީރު ވިދާޅުވިއެވެ. "އަޅުގަނޑު ވެސް ތިޔަ ވާހަކަފުޅާ އެއްބަސް. އެކަމަކު މި ވަގުތު މީހުންގެ އަތުގައި އެއްޗެއް ނެތް ކަން އަޅުގަނޑުމެންނަށް އެބަ އެނގޭ. ނެތް އެއްޗަކުން ކިހިނެއްތޯ އެމީހުން ޚަރާޖު ނެރޭނީ." މުފްތާޙު އަނެއްކާ ވެސް ވިދާޅުވިއެވެ. "އެމީހުން ނެރެނީ ކިހިނެއް ތޯ ނުވަތަ ކޮންތާކުން ތޯ ބެލުމަކީ އަހަންނަކަށް މުހިއްމު ކަމެއް ނޫން. އަދި އިތުރު ވާރެއް ވެސް ދަނޑުވެރީން ދައްކާން ޖެހޭ ކަމަށް ނިންމައިފިން. މި ކަމާ ދެކޮޅު ހަދައިފި މީހެއްގެ ދަނޑުބިމާއި ގެރިބަކަރިއާއި ގެ ވެސް ދައުލަތަށް ނަގާ! މި ބުނީ އެމީހުން ދެކޮޅު ވެރި ވެ އެ ފިޔަވަޅު ވެސް އަޅާން ޖެހިއްޖެ ނަމަ." ވަޒީރު ބުުންޏެވެ. "މި ކަމާ މެދު އަމީރު މުރާދު ޚާލިދާ މަޝްވަރާ ކޮށް ލުން ރަނގަޅު ވާނެ ނޫން ތޯ؟" އަމަނުގެ ވެރިޔާ މުފްތާޙު ވިދާޅުވިއެވެ. "ދައުލަތުގެ ކަންކަން އަހަރެން ބޭނުން ވާ ގޮތަކަށް ހިންގުމުގެ އިހުތިޔާރާއި ބާރު އަހަންނަށް ދެއްވީ ޚުދު އަމީރު މުރާދު. ވީމާ އަހަރެން ނިންމާ ކަމެއްގައި އެމަނިކުފާނާ މަޝްވަރާ ކުރާން ޖެހޭ އިތުރު ކަމެއް އޮތް ކަމަކަށް ނުދެކެން. އަނެއްކާ މި ކަމުގައި މުފްތާޙުގެ އިތުރު ހިޔާލެއް އޮތީ ތަ؟" ވަޒީރު ވިދާޅުވިއެވެ. "ނޫން. އަޅުގަނޑު އަމިއްލަ ގޮތެއް ދަންނަވާކަށް ނެތް. އަމުރު ކުރެއްވި ކަމެއް ތަންފީޒު ކުރުން އަޅުގަނޑަށް އޮތީ." މުފްތާޙު ވިދާޅުވިއެވެ. "ކުރީ ދުވަހު ދެއްކީމެއް ނު ފުލުހުންގެ މުސާރައިގެ ވާހަކަ. އެހެންނެއް ނޫންް ތަ؟" ވަޒީރު ވިދާޅުވިއެވެ. "ނޫން. އަޅުގަނޑު ދެންނެވިން. އެހެންނަމަވެސް މި ވަގުތަކީ އެ ވާހަކަ އިތުރަށް ދެއްކުމަށް މުނާސިބު ވަގުތެއް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. ދައުލަތުގެ މާލިއްޔަތުގެ ކަންކަން ހުރި ގޮތުން." މުފްތާޙު ވިދާޅުވިއެވެ. "ނޫން. އޭގެ އަނެއްކޮޅަށް. ތިޔަ ކަމުގައި އަހަރެން ދެކެނީ މިއީ އެ ކަމަށް އެންމެ މުނާސިބު ވަގުތޭ. ފުލުހުންނަށް މުސާރަ އިތުރު ކުރާން ވީ މި ވަގުތު. އޭރުން ދައުލަތަށް ފައިސާ ހޯދުމުގެ ކަންކަމުގައި ވެސް އެމީހުން އިތުރަށް މަސައްކަތް ކުރާނެ." ވަޒީރު ވިދާޅުވިއެވެ. "އަސްލު ވެސް ތޯ؟ މި ވަގުތު އެ ކަން ކުރާން ހަމަ މުނާސިބު ތޯ؟" މުފްތާޙު އެއްސެވިއެވެ. "އެކަމާ މެދު ގޮތެއް ކަނޑަ އަޅައި، ފުލުހުންގެ ފަރާތުން ހުށަހަޅާފައި ވާ ވަރަށް ވުރެ ވެސް އިތުރު ކޮށް ދިނުމަށް އަހަރެން ވައުދު ވަން. އެހެންނަމަވެސް އެ ކަން ވާނީ ދައުލަތުގެ ޚަޒާނާގައި ފައިސާ ހުރެގެން. ވީމާ ފައިސާ ޖަމާ ކުރުމުގެ ގޮތުން ވާރު ޚަރާޖުގެ ކަންކަން ބަރާބަރަށް ހަމަ ޖެއްސުމަކީ ފުލުހުން ކުރާން ޖެހޭ ކަމެއް." ވަޒީރު ވިދާޅުވިއެވެ. "ރަނގަޅު ވާހަކަފުޅެއް. މަނިކުފާނަށް ﷲ ބަރަކާތް ލައްވާށި! އަޅުގަނޑު މި ވަގުތު ނުކުމެ ލުމުގެ އިޒުނައަށް އެދެން." މުފްތާޙު ވިދާޅުވިއެވެ. "އަމަނުގެ ވެރިޔާ! އަދި މަޑު ކުރޭ! ޚަލީފާގެ އާލާސްކަންފުޅުގެ ވާހަކަ އެއްވެސް ވަރަކަށް އާއްމު ވެގެން ނުވާނެ." ވަޒީރު ވިދާޅުވިއެެވެ. "އެއީ ކީއްވެ ތޯ؟ އަޅުގަނޑު މި ދެންނެވީ އާލާސްކަންފުޅުގެ ބާވަތުން މީހުންނަށް އެނގޭން ނުޖެހޭ އައިބު ކަމެއް އޮތީ ތޯ؟" މުފްތާޙު އެއްސެވިއެވެ. "މުފްތާޙަކަށް ނުވިސްނޭތަ؟ ދައުލަތުގެ ހައިބަތާއި ވެރިމީހާއާ މެދު އާއްމުންގެ ތެރޭގައި އޮންނާން ޖެހޭ ތަސައްވުރު." ވަޒީރު ވިދާޅުވިއެވެ. "އާދެ! އާދެ! ވިސްނިއްޖެ. ދައުލަތުގެ ހައިބަތު. ޒައީމުގެ ތަސައްވުރު. ރަނގަޅު ވާހަކަފުޅެއް. ދައުލަތުގެ ހައިބަތު. ޒައީމުގެ ތަސައްވުރު." މުފްތާޙު ވިދާޅުވިއެވެ. "ޚަބަރުދާރު! ޚަލީފާގެ އާލާސްކަންފުޅުގެ ޚަބަރު ގަނޑުވަރުން ބޭރަށް ގޮސްގެން ނުވާނެ. އާއްމުންނަށް އެނގޭން ޖެހޭނީ ދައުލަތުގެ ހުރިހާ ކަމެއް ވެސް ހިންގަވަމުން ގެންދަވަނީ ޚުދު ޚަލީފާއޭ." ވަޒީރު ވިދާޅުވިއެވެ. "އެންމެ ރަނގަޅު ސާހިބާ! ކަންބޮޑުވެ ވަޑައި ނުގަންނަވާ! ތިޔަ ކަން ތިޔަ ގޮތުގައި ބޭއްވުމުގެ ގޮތުން އަޅާން ޖެހޭ އެއްމެހައި ފިޔަވަޅެއް އަޅުގަނޑު އަޅާނަން." މުފްތާޙު ވިދާޅުވިއެވެ. "ދެން ދިޔަޔަސް އެންމެ ރަނގަޅު!" ވަޒީރު ވިދާޅުވިއެވެ. ވަޒީރުގެ އިޒުނަ ލިބިވަޑައިގަތުމުން މުފްތާޙު ނުކުމެ ވަޑައިގަތެވެ. އަަދި މަޑުުމަޑުން ވިދާޅުވަމުން ގެންދެވިއެވެ. "ޚަލީފާ ވިދާޅުވާނެ. ރައްޔިތުންނަކީ ދައުލަތް. ދައުލަތަކީ ރައްޔިތުން. ދައުލަތުގެ މަގާމުތަކުގައި ތިބޭ މީހުންނަކީ ރައްޔިތުންގެ މުވައްޒަފުން. އެކަމަކު ..." ***** "ބައްޕާ! ތިޔަ ވަޑައިގަންނަވަނީ ފަނޑިޔާރުގެއަށް ތޯ؟" ސަލްމާ އެއްސެވިއެވެ. "އާނ! ދަރިފުޅާ! ނިންމާން ޖެހޭ ވަރަށް ގިނަ ކަންކަން އެބަ ހުރި." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ. "އެހެން ވެއްޖެއްޔާ މަޑެއް ނުކުރުވާނަން." ސަލްމާ ވިދާޅުވިއެވެ. "ޚަލީފާގެ ހާލުކޮޅު ކިހިނެއް ތޯ؟" ގާޒީ ޞަފިއްޔުއްދީނު އެއްސެވިއެވެ. "އާ ކުރިއެރުމެއް ނެތް. ހިތާމައާ އެކު ދަންނަވާން ޖެހެނީ ހާލުކޮޅު އެއްވެސް ވަރަކަށް ރަނގަޅު ނުވާ ވާހަކަ." ސަލްމާ ވިދާޅުވިއެވެ. "އެމަނިކުފާނަށް ﷲ ޝިފާ ދެއްވާށި! ޚަލީފާއަކީ ހެޔޮލަފާ ސޯލިހު ބޭފުޅެއް." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ. "އަޅުގަނޑުގެ ދެ ކުދީީން ނުފެނިގެން މި އުޅެނީ. ކޮންތާކަށް ބާ ދިޔައީ. ކޮންތާކު ބާ ވީ؟" ސަލްމާ ވިދާޅުވިއެވެ. "ކޮންމެ ކުއްޖަކު ވެސް ވީ އެ ކުއްޖެއްގެ ކޮޓަރީގައި. ބައްޕަ މި އައި އިރު ދެބެން ވެސް ތިބީ ޤުރްއާން ކިޔަވާން. އަދި އަނެއް ކާފައަށް ޝިފާ ދެއްވުން އެދި ދުޢާ ކުރާން." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ. "ބައްޕައަށް ﷲ ބަރަކާތް ލައްވާށި! އަހަރެމެން ބައްޕައަށް ވަރަށް ބުރަ އެބަ ކުރަމު!" ސަލްމާ ވިދާޅުވިއެވެ. "ތިޔަ ހެން ނުބުނޭ ދަރިފުޅާ! މިހާރު ދެން މި ދަނީ. މަސައްކަތް ނިމުނު ހާ އަވަހަކަށް އަންނާނަން. އަވަހަށް ބައްދަލުވުމުގެ އުއްމީދުގައި ވަކިވެލަން." ސަވާރު ވެ ވަޑައިގެން އިންނެވި އަސް ދުއްވާލަމުން ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ. ***** "އަޅުގަނޑު ދަން ތޯ މަނިކުފާނާ އެކު. ގެކޮޅަށް ނޫން ތޯ ތިޔަ ވަޑައިގަންނަވަނީ. ސަލްމާއާއި ދެ އަމީރުން ވެސް ގަނޑުވަރަށް ވަޑައިގެންފި ނޫންތޯ؟ މީހަކު ގޭގައި ނެތިއްޔާ އެކަނިވެރި ވާނެ ނޫން ތޯ؟" ޒަޣުލޫލު ދެންނެވިއެވެ. "ނޫން. އަހަރެން ގެއަކަށް ނުދަން. ދުވަސްކޮޅަކު ދަރިފުޅު ސަލްމާގެ ގާތުގައި ހުރެލާން ނިންމާފައި އޮތީ. އެކަމަކު ޒަޣުލޫލު ގެޔަށް ގޮސް ގޭގެ ކަންތައްތައް ބަލާތި. ހުއްމުސްއަށް ކާން ދޭތި. އަދި ގުރާކޮށީގެ ދޮރު ހުޅުވާފައި ބަހައްޓާތި. އޭރުން އޭއްޗަށް ވެސް މިނިވަންކަމާ އެކު އުދުހި ލެވޭޭނީ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ. "ވިދާޅުވި ގޮތެއް. ސާހިބާ!" ޒަޣުލޫލު ދެންނެވިއެވެ. "އަދި ގަސްތަކަށް ފެން ވެސް ދޭތި." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ. "އާދެ! ސާހިބާ!" ޒަޣުލޫލު ދެންނެވިއެވެ. "ތިބާއަށް ﷲ ބަރަކާތް ލައްވާށި! އަލްވަދާއު!" ގާޒީ ޞަފިއްޔުއްދީނު އަސް ދުއްވައިލަމުން ވިދާޅުވިއެވެ. "އަލްވަދާއު! ސާހިބާ!" ޒަޣުލޫލު ވެސް އަލްވަދާއު ދެންނެވިއެވެ. ***** "ދަރިފުޅުމެންގެ ހާލު ކިހިނެއް؟" ގާޒީ ޞަފިއްޔުއްދީނު އެއްސެވިއެވެ. "އަލްޙަމްދު ލި ﷲ ކާފާ! ބައްޕައާ އެކު އަޅުގަނޑުމެން ޤުރްއާން ޚަތިމުކޮށް ޚަތިމު ދުޢާ ވެސް ކިޔައިފީމު." އަމމީރާ ޞަފާ ވިދާޅުވިއެވެ. "ވަރަށް ރަނގަޅު. ވަރަށް ރަނގަޅު. ދަރިފުޅާ ޞަފާ!" ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ. "ކާފާ! އަޅުގަނޑު ވެސް ކުރީމޭ!" ޝަކުވާގެ ރާގުގައި އަމީރު މުޙައްމަދުު ވިދާޅުވިއެވެ. "ދަރިފުޅު ވެސް ވަރަށް ރަނގަޅު." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ. "އެހެންވިއްޔާ އަޅުގަނޑުމެންނަށް ހޮހޮޅައިގައި ބަންދު ވި ތިން މީހުންގެ ވާހަކަ ކިޔައި ދެއްވާ!" އަމީރު މުޙައްމަދު ވިދާޅުވިއެވެ. "އެއީ ކޮން ވާހަކައެއް ތޯ؟" ސަލްމާ އެއްސެވިއެވެ. "އެއީ ދަތުރުމަތީގައި ވިއްސާރަ ވެގެން ހޮހޮޅައަކަށް ވަނުމުން އެ ހޮހޮޅައިގައި ބަންދު ވި ތިން މީހުންގެ ވާހަކަ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ. "އެއީ ވަރަށް ޝައުގުވެރި ކުރުވަނިވި ވާހަކައެއް." އަމީރާ ޞަފާ ވިދާޅުވިއެވެ. "ކިހިނެއް އެމީހުން އެ ހޮހޮޅައިގައި ބަންދު ވީީ؟" ސަލްމާ އެއްސެވިއެވެ. "އެމީހުން ހޮހޮޅައިގައި ތިއްބާ މަތީން ހިލަގަނޑެއް ނެއްޓިގެން އައިސް ހޮހޮޅައިގެ އާނގަ ބަންދު ވީ." އަމީރުު މުޙައްމަދު ވިދާޅުވިއެވެ. "ދެން ކީއްވެ އެ މީހުން އެކަކު އަނެކަކަށް އެހީތެރި ވެގެން އެ ހިލަގަނޑު ދުރު ނުކުރީ؟" ސަލްމާ އެއްސެވިއެވެ. "އެއީ މާ ބޮޑު ބިޔަ ހިލައެއް. ސަތޭކަ މީހުންނަށް ވެސް އެ ހިލަ ގުޑުވައި ލެވޭނެ ކަމެއް ނޭނގޭ. ވީ އިރު، ކިހިނެއް ތޯ ތިިން މީހަކު ވެގެން އެ ހިލަގަނޑު ދުރު ކުރާނީ؟" އަމީރު މުޙައްމަދު ވިދާޅުވިއެވެ. "ދެން ވީ ކިހިނެއް؟" ސަލްމާ އެއްސެވިއެވެ. "އެ ބައި އެނގި ވަޑައިގަންނަވާނީ ކާފައަށް. އަޅުގަނޑުމެން ވެސް މި އިންތިޒާރު ކުރަނީ އެ ބަޔަށް މަންމާ!" އަމީރާ ޞަފާ ވިދާޅުވިިއެވެ. "ރަނގަޅު. އަވަހަށް އިށީނދޭ. ކާފަ ތިޔަ ކުދީންނަށް ކިޔައި ދޭނަން ދެން ވީ ގޮތް." ގާޒީ ޞަފިއްޔުއްދީނު އެހެން ވިދާޅުވެފައި ވާހަކަ ކިޔައި ދެއްވާާން ފެއްޓެވިއެވެ. ***** ހޮހޮޅައަށް ވަންނާން ހުރި އާނގަ އެއްކޮށް ވަނީ އެ ބިޔަ ހިލަގަނޑުގެ ސަބަބުން ބަންދު ވެފައެވެ. ވައި ވަންނާނެ ތަންކޮޅެއް ވެސް އަދި އަލިކަމެއް ވަންނާނެ މިންވަރު ވެސް ހުޅުވިފައެއް ނެތެވެ. "އަހަންނާ އެކު މި ހިލަ ދުރަށް ޖެއްސޭ ތޯ މަސައްކަތް ކޮށް ބަލަ!" ހިލަގަނޑުގައި ދެ އަތް އަޅައި ކޮއްޕޭ ތޯ މަސައްކަތް ކުރަމުން ޒިޔާދު ބުންޏެވެ. "އަހަރެމެން އެތައް ފަހަރަކު މަސައްކަތް ކޮށްފިން. ވީ ކަމެއް ނެތް." ޢައްމާރު ބުންޏެވެ. "މިހާރު ހޮހޮޅައިގެ ތެރެ ހޫނު ވާން ވެސް ފަށައިފި. ރޯކޮށްފައި ހުރި އަލިފާނުގެ ސަބަބުން ހޮހޮޅައިގެ ތެރޭގައި ނޭވާލާން ހުރި ވައިކޮޅު ވެސް ހިނދި ހުސްވަނީ." ރާބިޙު ބުންޏެވެ. "ކުރީން އަހަރެމެން އުޅޭން ޖެހުނީ ފިނީގެ ސަބަބުން ކެތް ނުވެގެން. މިހާރު ހޫނުގެ ސަބަބުން ކެތް ނުވެގެން." ޒިޔާދު ބުންޏެވެ. "އަލިފާން ނިއްވާލާ!" ޢައްމާރު ބުންޏެވެ. "އެކަމަކު އަލިފާން ނިއްވާލައިފިއްޔާ އަނދިރިކަމުން ގޮސް އެއްވެސް ތަނެއް ނުފެންނާނެ." ޒިޔާދު ބުންޏެވެ. "މި ތަނުގެ ތެރެ ހުރި ގޮތް އަހަރެމެންނަށް ވަނީ ފެނިފަ. ކޮންއެއްޗެއް ހުރީ ކޮންތަނަކު ކަން އަހަރެމެންނަށް އެނގޭ. އަހަރެމެން އެކަކު އަނެކަކު އަހަރެމެންނަށް ވަނީ ފެނިފަ. ވާހަކަ ދައްކާ އަޑުން ކާކަކީ ކާކު ކަން އެނގޭނެ. ވީމާ މި ވަގުތު ކޮންމެހެން އަލިކަމެއް ބޭނުމެއް ނޫން. ނޭވާ ލާން ބޭނުން ކުރާ ފުރާނަވަޔަކީ އަލިފާން އެނދުމަށް ވެސް ބޭނުން ވާ އެއްޗެއް. ރާބިޙު ބުނި ހެން އަލިފާނުގެ ސަބަބުން ފުރާނަވައިކޮޅު ހުސް ވެދާނެ." ޢައްމާރު ބުންޏެވެ. - ނުނިމޭ -
ސަލްމާއާއި ގުރްއާނުގައިވާ ރީތި ވާހަކަތައް 25
ކޮރޯނާ ވައިރަސ ނުވަތަ ކޮވިޑް-19 އެންމެ ފުރަތަމަ ފެތުރެން ފެށި ޗައިނާގެ ވޫހާން ސިޓީން ބަލި ޖެހިގެން ފަރުވާ ދެމުން ދިޔަ އެންމެން ދޫކޮށްލައިފި އެވެ. ޗައިނާއިން ބު ނީ ކޮރޯނާގެ އާ ކޭސްއެއް ވޫހާންއިން ނުފެންނާތީ ހޮސްޕިޓަލްތަކުގައި އެ ބަލި ހުރި މީހަކު ނެތް ކަމަށެވެ. ވޫހާންއަކީ މުޅި ޗައިނާއިން ވެސް އެންމެ ގިނައިން ކޮވިޑްގެ ކޭސްތައް ފެނުނު ސިޓީ އެވެ. އެ ސިޓީއިން އެކަނި ވެސް 46،452 ކޭސް ފެނުނެވެ. މިއީ މުޅި ޗައިނާއިން ފެނުނު ކޭސްތަކުގެ 56 ޕަސެންޓެވެ. އެންމެ ގިނަ މީހުން މަރުވީވެސް ވޫހާންއިންއެވެ. އެ ސިޓީން 3869 މީހުން މަރުވިއެވެ. ކޮރޯނާއާ ގުޅިގެން ވޫހާންގައި ހެެދި 16 ވަގުތީ ހޮސްޕިޓަލް ވެސް ވަނީ ބަންދުކޮށްފަ އެވެ. ކޮރޯނާ ވައިރަސްއާ ގުޅިގެން އެ ސިޓީ ލޮކްޑައުން ކުރުމަށް ފަހު ދާދި ފަހުން ވަނީ ހުޅުވާވެސްލައިފައެވެ. އެއާއެކު އެ ސިޓީ މަޑުމަޑުން އާންމު ހާލަތަށް ދަނީ ރުޖޫއަވަމުންނެވެ. މުޅި ދުނިޔެއިން ކޮރޯނާ ޖެހިފަިއވާ މީހުންގެ އަދަދު ތިން މިލިއަނާ ކައިރިވެފައިވާއިރު ބަލީގައި ދެ ލައްކައަށް ވުރެ ގިނަ މީހުން ވަނީ މެރުވެސްވެފައެވެ.-- އަލްޖަޒީރާ---
ކޮރޯނާ ވައިރަސް: ޗައިނާގެ ވޫހާންގެ ހޮސްޕިޓަލްތަކުން އެންމެން ދޫކޮށްލައިިފި
މާލެ ލޮކްޑައުން ކުރިއިރު، އެކި ބޭނުންތަކަށް މާލެ އައިސް ތާށިވެފައި ތިބި މީހުން ރަށްރަށަށް އަނބުރާ ގެންދިޔުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފަ އެވެ. އެހެން ނަމަވެސް، ރަށްރަށަށް ވައިރަސް ފެތުރިދާނެ ކަމުގެ ބިރަށް އެޗްޕީއޭއިން މަޖުބޫރުކޮށްފައި ވަނީ، ރަށްރަށަށް ދާން ބޭނުން މީހުން ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހަށް ކަރަންޓީނުކޮށް އެ މުއްދަތު ނިމުމުން ރަށްރަށަށް ފޮނުވާށެވެ. މިއީ ހަމަ އެންމެ ރަނގަޅު ބަރާބަރު އުސޫލެކެވެ. އެކި ސަބަބުތަކާ ހުރެ މާލޭގައި ތިބި މީހުންގެ ތެރެއިން މިވަގުތު ރަށްރަށަށް އެނބުރިދާން ބޭނުންވާ މީހުންގެ ލިސްޓް 5،000 އިން މައްޗަށް ވަނީ އަރައިފަ އެވެ. އެކަމަކު، އެ ހުރިހާ މީހުން އެއް ފަހަރާ އެއްވަގުތެއްގައި ކަރަންޓީނު ކުރުމުގެ ނިޒާމެއް އަދި ނެތެވެ. އަދި އެއީ ކޮންމެ ނިޒާމެއް ގާއިމް ކުރިއަސް ކުރެވޭނެ ކަމެއް ވެސް ނޫނެވެ. ކަރަންޓީނު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަނީ ރިސޯޓްތައް ކުއްޔަށް ނަގައިގެން ކަމަށްވެފައި އެ ތަންތަނުގައި މިވަގުތު ވެސް އެ ވަރަށް ޖާގައެއް ނެތެވެ. ޖާގަ ހުރި ގޮތުން މިހާތަނަށް އަދި ކަރަންޓީނަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އޮތީ، 500 ވަރަކަށް މީހުންނެވެ. ސުވާލަކީ މިހާރު އޮތް ނިޒާމުގެ ތެރެއިން، ރަށްރަށަށް ދާން ބޭނުންވެފައި ތިބި މީހުން އަނބުރާ ރަށްރަށަށް ގެންދެވޭނީ ކިހާ ދުވަހަކުން ހެއްޔެވެ؟ ޔަގީންވާ ކަމަކީ ރަށަށް ނުދެވި މާލޭގައި ގަނަތެޅެންޖެހިފައިވާ މީހުންނަށް ރަށަށް ދެވޭނެ ދުވަހެއް ވެސް އަދި ނޭނގުމެވެ. އެ މީހުންނަށް އަދި އޮތީ ކަރަންޓީނަށް ދެވޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބުމެވެ. އެމީހުންގެ އޮތީ އެންމެ ސުވާލެކެވެ؛ ރަށަށް ދެވޭނީ ކޮން ދުވަހަކުން ހެއްޔެވެ؟ ސަރުކާރުން ބުނެފައިވަނީ އިސްކަންދެނީ އެންމެ ހާލުގައި އުޅޭ މީހުން ބަލައިގެން ކަމަށެވެ. އެ އުސޫލަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން 500 މީހުންގެ ލިސްޓެއް ނިމިދިޔަ ހަފްތާގައި ތައްޔާރު ކުރި އެވެ. އަދި އެމީހުންނަކީ އެންމެ ކުރިން ކަރަންޓީނަށް ގެންދާ މީހުން ކަމަށް ބުންޏެވެ. އެ ލިސްޓުގެ ކޮޕީއެއް "ސަން" އަށް ވަނީ ލިބިފަ އެވެ. އެކަމަކު އަނެއް ހަފްތާ ފެށުނުއިރުވެސް އެ ލިސްޓުގައި ތިބި މީހުން އަދިވެސް ކަރަންޓީނަކަށް ނުގެންދެވެ އެވެ. "އެ ލިސްޓުގައި ނަން އޮތީމަ ކަރަންޓީނަށް އަވަހަށް ގެންދާނެ ކަމަށް ހީކުރީ. އެކަމަކު ގުޅީމަ އެލްޖީއޭއިން ބުނީ އަދި ލިސްޓުގައި އޮތީކީ ރޫމް ހަމަޖެހިގެނެއް ނޫނޭ." އެ ލިސްޓުގައި ނަން އޮތް މީހަކު ޝަކުވާކުރި އެވެ. އެ ލިސްޓުގައި ގިނައީ، މާލެއަށް ބޭސްފަރުވާއަށް އައިސް ރަށަށް ނުދެވިފައި ތިބި މީހުންނެވެ. އެ ލިސްޓްގައި ބުނެފައިވަނީ މާލެ ސަރަހައްދުގައި ގާއިމް ކުރާ ކަރަންޓީނު ފެސިލިޓީތަކުގައި ކަރަންޓީނު ކުރުމަށް މިވަގުތަށް ލިބިފައިވަނީ 500 ކޮޓަރި ކަމަށެވެ. ރަށްރަށަށް ފޮނުވުމަށް ލިސްޓު ތަރުތީބު ކުރި އިރު އިސްކަން ދީފައިވާނީ އެންމެ ހާލުގައި އުޅޭ މީހުން ބަލައިގެން ކަމަށްވެސް ބުނެފައިވެ އެވެ. އެކަމަކު، ސުވާލަކީ އެންމެ ފުރަތަމަ ތައްޔާރު ކުރި 500 މީހުންގެ ލިސްޓުގައި ހިމެނޭ މީހުން ކަރަންޓީނަށް ގެންދެވޭނީ ކޮންއިރަކުން ހެއްޔެވެ؟ އަދި އެމީހުން ނިމިގެން ދެން ތިބި މީހުން ކަރަންޓީނަށް ގެންދެވޭނީ ކޮންދުވަހަކުން ހެއްޔެވެ؟ މިހާރު އޮތް ކަރަންޓީނުގެ ނިޒާމު އަމާން އޮމާންކޮށް މަސައްކަތް ކުރާނެ ކަމާ މެދު ޝައްކު އުފެދުމުގެ ޖާގަ ވަރަށް ބޮޑެވެ. ސަބަބަކަށް ވަނީ، ރަށަށް ދާން ބޭނުންވާ މީހުންގެ ނަމްބަރު މަތިކަމުން އެ އެންމެން ކަރަންޓީނު ކުރެވޭނެ ދުވަހެއް ވެސް ނޭނގުމެވެ. މާލޭގައި ތާށިވި މީހުން މިހާރުވެސް ތިބީ އަތްމަތި ހުސްވެ ގޮތް ހުސްވެފަ އެވެ. އަތުގައި ހުރި ހުރިހާ ފައިސާއެއް މިހާރު ހުސްވެ ސަލާންޖަހާ ހާލަތަށް ގޮސްފައި ތިބި މީހުން ގިނަ އެވެ. ކަރަންޓީނުކުރުން މަރުކަޒީވެ، މެމްބަރުންގެ ނުރުހުން މީހުން ކަރަންޓީނު ކުރަން ސަރުކާރުން ގެންގުޅޭ އުސޫލު ކަމުނުގޮސްގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް އަންނަނީ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ. މެންބަރުންގެ ނަޒަރުގައި ފުރަތަމަ ކަމަކަށް ކަރަންޓީނު ކުރުމަށް މިހާރު ގެންގުޅޭ އުސޫލު ތަންކޮޅެއް ހަރަދު ބޮޑެވެ. އެހެން ދިމާވަނީ މެންބަރުންގެ ނަޒަރުގައި، ލާމަރުކަޒީ އުސޫލާ ހިލާފަށް މަރުކަޒީ ގޮތެއްގައި ކަރަންޓީނުގެ ކަންކަން ކުރިއަށް ގެންދިއުމެވެ. އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގައިވެސް ލާމަރުކަޒީ އުސޫލުން ކަންކަންކުރަން ބުނެފައި އޮއްވާ އެ ގާނޫނާ ހިލާފަށް ކަރަންޓީނުގެ ކަންކަން ކުރިއަށް ގެންދާތީ ރައީސް ނަޝީދު ވެސް ވަނީ ފާޑު ވިދާޅުވެފަ އެވެ. ހަރަދަށް ބަލާއިރު ހަރަދު ބޮޑެވެ. ހާއްސަކޮށް އިގްތިސާދީ ގޮތުން ދަތި މި ދަނޑުވަޅުގައި މީހުން ކަރަންޓީނު ކުރުމަށް އެކަނި ނުބައްދަލު ހަރަދެއް ހިނގާނަމަ އެއީ މައްސަލައެއް ނޫން ހެއްޔެވެ؟ ސަރުކާރުން ބުނެފައިވަނީ ކޮޓަރިއަކަށް ދުވާލަކަށް ނަގާނީ 750 ރުފިޔާ ކަމަށެވެ. އެ ރޭޓުން ބަލާއިރު ކޮޓަރިއަކަށް ދެމީހުން ލައިގެންވެސް 500 މީހުންނަށް 2.6 މިލިއަން ރުފިޔާ 14 ދުވަހަށް އެބަ އަރަ އެވެ. އަދި 5،000 މީހުން ކަރަންޓީނު ކުރުމަށް ކޮޓަރިއަކަށް ދެމީހުންގެ ނިސްބަތުން ބަހާލިޔަސް 26 މިލިއަން ރުފިޔާއަށްވެރެ ގިނައިން އެބަ ހަރަދުވެ އެވެ. މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވިދާޅުވީ، ދުވާލެއްގެ މައްޗަށް 700 ރުފިޔާ ހަރަދުކޮށްގެން ރިސޯޓުތަކުގައި މީހުން ކަރަންޓީނު ކުރުމުން ދައުލަތުން ދުވާލެއްގެ މައްޗަށް ގިނަ އަދަދެއްގެ ފައިސާ ހަރަދުވަމުންދާ ކަމަށެވެ. ރަށްރަށުގައި މީހުން ކަރަންޓީނު ކުރާ ނަމަ އެއަށްވުރެ ހަރަދު ކުޑަވާނެ ކަމަށް ރިޒާ ވިދާޅުވި އެވެ. "މިއަދުން މިއަދަށްވެސް އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރުން އެބަ ޖެހޭ ރަށްރަށުގައި ކަރަންޓީނު ކުރެވޭނެ އިންތިޒާމު ހޯދައި އެ ފެސިލިޓީތައް ގާއިމްކޮށް، އެކަން އަވަހަށް އިންތިޒާމުވެގެން ދިޔުމަކީ އަޅުގަނޑުމެންނަށް މި ބަލީގައި ދެންމެވެސް ރައީސް ވިދާޅުވި ގޮތަށް އިތުރަށް ފަރުވާ ކުރެވޭނެ ރައްޔިތުންނަށް ހިތްހަމަޖެހުމެއް ލިބޭނެ ގޮތެއް،" މެމްބަރު އަލީ ރިޒާ ވިދާޅުވި އެވެ. މެމްބަރުން ވިދާޅުވާ ގޮތުން ރަށްރަށުގެ ސުކޫލުތަކުގައި ކަރަންޓީނު ކުރުމަށް އެނދު ތައްޔާރުކޮށްލަން އެހާ ފައިސާއެއް ހަރަދެއް ނުވާނެ އެވެ. އަދި އެއީ ކަރަންޓީނު ކުރާ މީހުންނަށް ވެސް ލިބޭނެ ހިތްހަމަ ޖެހުމެކެވެ. އެއީ އެ މީހުންގެ ރަށުގައި ތިބެގެން އާއިލާތަކާ މިިހާރަށް ވުރެ ކައިިރިން ކަރަންޓީނުވުމުގެ ފުރުސަތު ލިބުމުން އޮންނަ ހިތްހަމަ ޖެހުމެވެ. އަނެއް ކަންބޮޑުވުމަކީ ރަށްރަށުގައި ބަލި ފެތުރޭނެ ކަމަށް މިހާރު ލަފާވާއިރު ހުރިހާ ރަށެއްގެ ކައިރިން ކަރަންޓީނު މަރުކަޒު ހަދަން ރިސޯޓްތައް ނުލިބުމެވެ. އަދި އަންނަ މަހުގެ ފަހުކޮޅު ޓޫރިޒަމް ފަށަން ތައްޔާރުވާއިރު، ރިސޯޓްތައް ވެސް ކަރަންޓީނަށް ދޫކުރަން ބޭނުން ނުވުމަކީ މުސްތަގުބަލުގައި ދިމާވާނެ މައްސަލައެކެވެ. އަދި ބަލިޖެހޭ އެންމެން ރިސޯޓުގައި ކަރަންޓީނު ކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެއީ، ލޮޖިސްޓިކްގެ ގޮތުން ވެސް ބޮޑު ހަރަދެއް ހިނގާނެ ކަމެކެވެ. އެހެންވީމާ ކަރަންޓީނު ކުރެވޭނެ އިންތިޒާމް ރަށްރަށުގައި ގާއިމްކުރުން ސަރުކާރަށް ލާޒިމެވެ. އަދި އެތަންތަން ބެލެހެއްޓޭނެ ލާމަރުކަޒީ އުސޫލެއް ގާއިމްކުރަން ވެސް ޖެހެ އެވެ. މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ ގޮތުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކޮވިޑާ ގުޅިގެން އަޅާނެ ފިޔަވަޅުތަކާއި އެ ރޯގާއަށް ފަރުވާ ލިބޭނެ ގޮތް އިންތިޒާމު ކުރަން ޖެހެ އެވެ. ހާއްސަކޮށް ހެލްތް ސެންޓަރުތަކުން ކޮވިޑަށް ފަރުވާ ދެވޭ އިންތިޒާމް ހަމަޖައްސަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. ސަބަބަކަށް ވަނީ، އެ ވައިރަސް ރަށްތަކަށް ނުދާން ފިޔަވަޅު އެޅި ނަމަވެސް، ވައިރަސް ރަށްތަކަށް ދިޔުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮތުމެވެ. އެމަނިކުފާނު ވިދާޅުވީ ލާމަރުކަޒީ އުސޫލުން ކަރަންޓީނުގެ ކަންތައް ކުރިއަށް ގެންދަން ގާނޫނުން ވެސް ލާޒިމް ކުރާ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވާ ގޮތުގައި އާންމު ސިއްހަތުގެ ގާނޫނުގެ ފަސްވަނަ މާއްދާގައި ލާމަރުކަޒީ އުސޫލުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކުރިއަށް ގެންދާނެ ގޮތުގެ އުސޫލެއް އެކަށައަޅަން ޖެހެ އެވެ. ނަމަވެސް، ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އެ އުސޫލު އެކުލަވާ ނުލައްވާތީ ނަޝީދު ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. "ރަށްރަށުގައި ކަރަންޓީނު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައި ނުވަނީ ކީއްވެތޯ އާއި، ރައްޔިތުންނަށް އެއަށް ވުރެ ދަތި ގޮތަކަށް އިންތިޒާމު ހަމަޖައްސައިދީފައި ވަނީ ކީއްވެތޯ ބަލަން ޖެހޭ،" ނަޝީދު ވިދާޅުވެފައިވެ އެވެ. ރަށްރަށުގައި ކަރަންޓީނު ނުކުރެވެންވީ ކީއްވެ؟ ބޮޑު ހަރަދެއް ކޮށްގެން ރިސޯޓުތަކުގައި މީހުން ކަރަންޓީނު ކުރާއިރު، ރަށްރަށުގައި ކަރަންޓީނު ކުރެވޭނެ އިންތިޒާމު ހަމަނުޖައްސައި ހުރީ ކީއްވެތޯ މިއީ އުފެދޭ ސުވާލެކެވެ. ރަށްރަށުގައި މީހުން ކަރަންޓީނު ކުރާ ވާހަކަ އެހާ ބޮޑަކަށް ނުދައްކަ އެވެ. އަދި އެކަމަށް މަގުފަހިވާނެ ގޮތަކަށް މާ ފުޅާ މަޝްވަރާ ކުރިކަމެއްވެސް ނޭނގެ އެވެ. ބައެއް ކައުންސިލަރުން ވިދާޅުވާ ގޮތުން ރަށްރަށުގައި ކަރަންޓީނު ކުރެވޭނެ އިންތިޒާމު ހަމަޖެއްސޭނެ އެވެ. އަދި އެމަގަށް މަސައްކަތް ކުރަން ސަރުކާރުން އެދޭނަމަ އެގޮތަށް އެކަން ކުރަން ކައުންސިލުތައް ތިބީ ތައްޔާރަށެވެ. އަދި ބައެއް ރަށްރަށުގައި އެކަންކަން ކައުންސިލްތަކުން އަމިއްލައަށް ވެސް ކޮށްފައި އެބަ ހުއްޓެވެ. "މިރަށުގައި މިހާރުވެސް އަމިއްލަޔަށް އިސް ނަގައިގެން ނުވަ ކޮޓަރީގެ ތަނެއް ތައްޔާރުކޮށްފިން. ވިޔަފާރިވެރިންގެ އެހީގައި ގޮދަޑިއާ ތަކެތި ލިބިފައި ހުރީ. މިހާރު ކަރަންޓީނު ކުރަން ބޭނުން ވިޔަސް ކުރެވޭނެ." ކައުންސިލަރަކު ބުންޏެވެ. ދެންއޮތް އަނެއްކަމަކީ އާންމު ސިއްހަތުގެ ގާނޫނުގައި ބުނެފައިވާ ގޮތަށް ލާމަރުކަޒީ އުސޫލުން ކަރަންޓީނުގެ ކަންކަން ރަށްރަށުގައި ކުރިއަށް ނުގެންދެވިގެން އުޅޭ ސަބަބެވެ. އެކަމަށް ހުރަސްތަކެއް އޮތް ނަމަ ސަރުކާރުން އެކަން ހައްލު ކުރަން މިހާރު މާ ލަސްވެސް އެބަވެ އެވެ. އެންއޯއީސީގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވާ ގޮތުގައި، ރަށްރަށުގައި މީހުން ކަރަންޓީނު ކުރަން މީގެ ކުރިން މަސައްކަތް ކުރި ނަމަވެސް، ކަރަންޓީނުގެ އުސޫލުތައް ރަށްރަށުގައި ކަރަންޓީނު ނުކުރެވުމުގެ މައްސަލަ ބޮޑެވެ. އޭގެ ސަބަބުން، ރަށްރަށް ވައިރަހުގެ ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު އޮތުމުން ސަރުކާރުން އެ ރިސްކް ނަގަން ބޭނުން ނުވަނީ އެވެ. އެކަމަކު އެފަދަ ކަންކަމަކީ، ތަމްރީނުތައް ދީ، މީހުން ހޭލުންތެރި ކުރުވައިގެން ހައްލު ކުރެވޭނެ ކަންކަމެއް ނޫން ހެއްޔެވެ؟ ސަރުކާރެއްގައި ވަސީލަތާއި ބާރު ހުރެ އެކަމަށް ފޯމިއުލާއެއް ނުހޯދޭ ނަމަ، އެއީ މައްސަލަ އެކެވެ. ކޮންމެވެސް ހިސާބެއްގައި ބާގަނޑެއް ވަނީ ހެދިފަ އެވެ. ރަށްރަށުން މާލެ އައިސް ތާށިވެފައި ތިބި މީހުން ތިބީ ވަރަށް ހާލުގަ އެވެ. އެ މީހުންގެ ޝަކުވާ އާއި ހާސްކަން ބޮޑެވެ. ކަރަންޓީނު ކުރާނެ މަގެއް ނުހޯދި، އެ މީހުން ރަށަށް ފޮނުވާ ނުލެވި ގިނަ ދުވަސް ދާނަ، އެ މީހުން އިތުރަށް ހާލުގައި ޖެހޭނެ އެވެ. ކަރަންޓީނަށް ގެންދަން މިހާރު ލިސްޓްކޮށްފައިވާ 500 މީހުން 14 ދުވަހުގެ ކަރަންޓީނު ނިންމައި އަަނެއް 500 މީހުންނާ ޖެހެންވާއިރަށް ދެން ތިބޭ މީހުން ތިބޭނީ މުޅިން ބިކަވެ ހާލުގައި ޖެހިފަ އެވެ. އަދި ކަރަންޓީނު ނިންމާ އެ މީހުން ރަށަރަށަށް ފޮނުވަން ސަރުކާރުން ކުރަން ޖެހޭ ހަރަދު އެއީ އަދި އަހަރުމެންނަށް ވިސްނިފައިވެސް ނެތް ހަރަދެކެވެ. ކަރަންޓީނުގެ މި ނިޒާމަށް ހަރަދު ކުޑަ، ޕްރެކްޓިކަލް ގޮތެއް ހޯދަން ޖެހެ އެވެ. މިހާރުގެ ކަރަންޓީނު ސިޔާސަތަކީ ޕްރެކްޓިކަލް ކަމަކަށް ވޭ ހެއްޔެވެ؟ މިހާރުގެ ތަރުތީބުތަކަށް ބަލާއިރު ރަށްރަށަށް ދާން ބޭނުންވާ މީހުން، ކަރަންޓީނު ނިންމާ ރަށްރަށަށް ފޮނުވާލަން، އެންމެ މަދުވެގެން ތިން މަހެއްހާ ދުވަސް ނެގުމުގެ ފުރުސަތު އެބަ އޮތެވެ. އެ ހުރިހާ ދުވަހު މާލޭގައި އެ މީހުން ބައިތިއްބައިގެން އެންމެންގެ ޒިންމާ ސަރުކާރަށް ނެނގޭނެ ހެއްޔެވެ؟ ކަރަންޓީނު ކުރަން ޖެހެ އެވެ! އެކަމަކު އެކަން ކުރަންވާނީ ޕްރެކްޓިކަލްކޮށް ހަރަދާއި ތަކުލީފު ކުޑަ ގޮތަކަށެވެ.
ކަރަންޓީނުގެ ނިޒާމު ފީކަޅާ! މީހުން ގޮތް ހުސްވަނީ!
ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެން މޮނިޓަރިިންގެ ހާލަތަށް ގެނައި ހއ. ތަކަންދޫގެ، މޮނިޓަރިން އުވާލައި އާންމު ހާލަތަކަށް ގެނެސްފިއެވެ. ހއ. ތަކަންދޫން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ތިން މީހަކު ފެނި، އެރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މަހުގެ އެއްވަނަ ދުވަހު އެވެ. ޖެހިގެން އައި ދުވަހު އެރަށުގައި ކުއްލި ހާލަތު އިއުލާނުކޮށް ރަށް އެއްކޮށް ވަނީ ބަންދުކޮށްފަ އެވެ. ޕޮޒިޓިވްވި މީހުން އެކަހެރިކޮށް ކޮންޓެކްޓް ޓްރޭސިންގ ވެސް ހަދައި 14 މީހަކު އެކަހެރި ކުރިއެވެ. ނަމަވެސް އެމީހުންގެ ސާމްޕަލްތައް ވަނީ ނެގެޓިވްވެފަ އެވެ. ތަކަންދޫއިން ޕޮޮޒިޓިވްވި ތީން މީހުންނަކީީ މާލެ ލޮކްޑައުން ކުރި ދުވަހު، ފުރައިގެން ދިޔަ ކާވިޔާ ބޯޓުން ދަތުރު ކުރި ބައެކެވެ. ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ތަކަންދޫ މޮނިޓަރިންގެ ހާލަތުން ނަގައި އާންމު ހާލަތަށް ގެނައި ކަމަށް ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފަ އެވެ. އެ ރަށް މޮނިޓަރިންގ އިން ނަގާފައިިވާއިރު އެ ރަށުން ޕޮޒިޓިވްވި ތިން މީހުން މިހާރު ވަނީ ބަލިން ރަނގަޅުވެފަ އެވެ.
ތަކަންދޫގެ މޮނިޓަރިން އުވާލައި އާންމު ހާލަތަކަށް
ރިޔާޟް (26 އެޕްރީލް 2020) : ހައްދު ޖެހުން ހުއްޓާލުމަށް ސައޫދީ ސުޕްރީމް ކޯޓުން ނިންމާފައި ވަނީ ހަމައެކަނި ތައުޒީރީ ކުށްތަކުގައި އެކަނި ކަމަށް އެގައުމުގެ ނޫހެއްކަމަށްވާ "އުކާޒް" އިން ބުނެފި އެވެ. ސައޫދީ މަޝްހޫރު ނޫހެއްކަމަށްވާ "އުކާޒް" ބުނާގޮތުން ސައޫދީ އެންމެމަތީ ޝަރުޢީ މަސްދަރުތަކުން އެނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްދު ޖެހުން ނުވަތަ ހަންމުށިން ތެޅުން ހުއްޓާލުމަށް އެގައުމުގެ ސުޕްރީމް ކޯޓުން ނިންމާފައި ވަނީ ތައުޒީރުގެ ގޮތުން އަދަބު ދެވޭ ކުށްތަކަށް އެކަންޏެވެ. އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ކުށްތަކުގެ އިތުރުން ތައުޒީރީ ކުށްތަކުގެ ގޮތުގައި ސައޫދީގައި ޖިލްދުކުރަނީ ނުވަތަ ހަންމުށިން ތަޅަނީ އިސްލާމް ދީނަށް ފުރައްސާރަކުރުން ފަދަ ކުށްތަކަށެވެ. މިފަދަ އަބަދުތައް މިހާތަނަށް ސައޫދީގައި ދެމުން ގެންދިޔައީ ހައްދު ޖަހާގޮތަށް ހަންމުށިން ތަޅައިގެންނެވެ. ދެން މިފަދަ ހާލަތްތަކުގައި ހައްދު ޖެހުން ޖިލްދުކުރުން ނޫނީ ހަންމުށިން ތެޅުމުގެ ބަދަލުގައި ދެން ކޯޓުތަކުން ކަނޑައަޅާނީ އެއަދަބަކާ އެކަށޭނަ ވަރުގެ ޖަލު ހުކުމްތަކާއި ފައިސާގެ ޖޫރިމަނާތައް ކަމަށް ސައޫދީ ސްޕްރީމް ކޯޓުން ނިންމާފައިވާ ކަމަށް "އުކާޒް" ނޫސް ބުނެ އެވެ. ނަމަވެސް އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ކުށްތަކަށް އަދަބު ދިނުމުގައި ހައްދު ޖެހުން އަދި ވެސް ތަންފީޒް ކުރާނެކަމަށް "އުކާޒް" ބުނެއެވެ. ސައޫދީ ސުޕްރީމް ކޯޓުން އެކުލަވާފައިވާ ޝަރުޢީ ވަޘީޤާ "ޖުޑިޝަލް ޑޮކިއުމެންޓް" އާ ހަވާލާދީ މިދޔަ ހުކުރުދުވަހު ރޮއިޓާސް އިން ވަނީ ސައޫދީގައި މީގެފަހުން ހައްދު ޖެހުން އެއްކޮށް ހުއްޓާލި ކަމަށް އެ ޑޮކިއުމަންޓް ބުނާކަމަށާއި ހައްދު ޖަހަންޖެހޭ ހާލަތްތަކުގައި ހައްދު ޖެހުމުގެ ބަދަލުގައި ދެން ކޯޓުތަކުން ކަނޑައަޅާނީ އެއަދަބަކާ އެކަށޭނަ ވަރުގެ ޖަލު ހުކުމްތަކާއި ފައިސާގެ ޖޫރިމަނާތައް ކަމަށް ބުނެފައެވެ. އިސްލާމީ ޝަރީޢަތުގައި ތައުޒީރުގެ ގޮތުން ދެވޭ އަދަބުތަކަށް ޖިލްދުކުރުމުގެ ބަދަލުގައި ޖަލު ހުކުމްތަކާއި ފައިސާގެ ޖޫރިމަނާތައް ކުރަން ސައޫދީ ސްޕްރީމް ކޯޓުން ނިންމިކަމަށް ރޮއިޓާސްއިން ބުނެފައިވާއިރު އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ކުށްތަކާމެދު އެގޮތަށް ނުނިންމާކަން ރޮއިޓާސްއިން ހާމަކޮށްފައެއް ނުވެއެވެ. އަދި ސައޫދީ މަސްއޫލުވެރިއަކުވެސް މިއޮޅުންތައް ސާފުކޮށް ދެއްވާފައެއް ނުވެއެވެ. އިސްލާމީ ޝަރީއަތުގައި އޮންނަ ހައްދު ޖެހުން ހުއްޓާލުމަށް ސައޫދީ ސުޕްރީމް ކޯޓުން ނިންމިކަމަށް އަލްޖަޒީރާއިންވެސް ބުނެފައިވާއިރު ހައްދު ޖެހުން ހުއްޓާލީ ހަމައެކަނި ތައުޒީރީ ކުށްތަކަށް އެކަނިކަން އަލްޖަޒީރާއިންވެސް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ވައްކަން ކުރުމުން އަތްބުރިކުރުމާއި މީހުންމެރުމާއި ޓެރިޒަމްގެ އަމަލުތައް ހިންގިކަން ސާބިތުވާ މީހުންގެ ބޯކެނޑުމުގެ އަދަބު ސައޫދީން ހުއްޓާނުލާކަމަށް ރޮއިޓާސް އިން ބުނެފައިވެއެވެ. ތައުޒީރީ ކުށްތަކުގައި ހައްދު ޖެހުން ސައޫދީން ހުއްޓާލުމުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެމެރިކާގެ ޖަމްއިއްޔާ އެއްކަމަށްވާ ހިޔުމަން ރައިޓްސް ވޮޗް އިން ވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ. އަދި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް ސައޫދީ ސަރުކާރުން އުފައްދާފައިވާ ހިޔުމަން ރައިޓްސް ކޮމިޓީގެ ރައީސް ޢައްވާދުލްޢަވާދުވެސް ވަނީ އެކަމަށް މަރުޙަބާ ވިދާޅުވެފައެވެ. ޢައްވާދުވަނީ އިންސާނީ ހައްގުތަކުގެ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ތަބާވުމުގެ ގޮތުން ސައޫދީ ސަރުކާރުން މިފަހަކަށް އައިސް ގިނަ އިސްލާހުތަކެއް ގެންނަމުންދާކަމަށް ވިދާޅުވެފައެވެ. (ޢުކާޒު + އަލްޖަޒީރާ + ރޮއިޓާސް)
ހައްދު ޖެހުން ހުއްޓާލަން ސައޫދީން ނިންމީ ތައުޒީރީ ކުށްތަކަށް އެކަނި : އުކާޒް
ކޮވިޑް19އާ ގުޅިގެން ގޭބިސީތަކަށް ރީޑިން ނަގަން ދިއުމަކީ ރައްކާތެރި ކަމަކަށް ނުވާތީ މިދިޔަ މަހެކޭ ވެސް އެއްފަދައިން މި މަހު ވެސް މީޓަރުގެ ފޮޓޯއެއް ފޮނުވައިދިނުމަށް ސްޓެލްކޯއިން އެދިއްޖެ އެވެ. މީޓަރުގެ ފޮޓޯ މި މަހުގެ 23 ވަނަ ދުވަހުގެ ކުރިން އެކުންފުނީގެ ވެބް ޕޯޓަލްއަށް ފޮނުވައިދިނުމަށް ސްޓެލްކޯއިން އެދެ އެވެ. އަދި ފޮޓޯ ފޮނުވުމުގައި ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތައް ބޭނުން ނުކޮށް، ހަމައެކަނި އެ ޕޯޓަލްއަށް ފޮޓޯ ފޮނުވުމަށް ވެސް އެދިފައިވެ އެވެ. މި މަހުގެ ވެސް ރީޑިން ނަގަން ގޭބިސީތަކަށް ނުދިއުމަށް ނިންމީ ކޮވިޑް19ގެ ހާލަތު މާލެ ސަރަހައްދުގައި އިތުރަށް ގޯސްވެފައިވާތީ ކަމަށް ސްޓެލްކޯއިން ބުނެ އެވެ. މި ހާލަތުގައި ބިލަށް ފައިސާ ދެއްކުމުގައި އެކުންފުނީގެ އެޕްލިކޭޝަން ނުވަތަ ވެބްސައިޓް ފަދަ އޮންލައިން ގޮތްތައް ބޭނުން ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކުރެ އެވެ.
މި މަހުވެސް ސްޓެލްކޯއިން ރީޑިން ނަގަން ނުދާނެ، މީޓަރުގެ ފޮޓޯ ފޮނުވާ
ކޮރެއާގެ ގައުމީ ލީގުގައި ވާދަކުރާ އެފްސީ ސޯއުލްގެ ހޯމް ސްޓޭޑިއަމުގައި ހުންނަ ސަޕޯޓަރުންގެ ސްޓޭންޑުތަކުކައި ބަދުއަހުލާގީ އަމަލު ހިންގުމަށް ބޭނުން ކުރާ ބުދުތަކެއް ބެހެއްޓި މައްސަލާގައި އެ ކުލަބު 81،300 ޑޮލަރުން ޖޫރިމަނާ ކޮށްފި އެވެ. މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން މެދުކެނޑުމަކަށް ފަހު ދެކުނު ކޮރެއާގެ ކޭ ލީގު ވަނީ އަލުން ފަށައިފަ އެވެ. އެކަމަކު އެގައުމުގައި އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތަކާ އެކު މެޗު ބެލުމަށް އެއްވެސް ސަޕޯޓަރަކު ދަނޑަށް ނުވެއްދުމަށް ވަނީ ނިންމައިފަ އެވެ. އެއާ އެކު ކުލަބުތަކުގެ ސަޕޯޓަރުން ނެތްތަން ފޫބެއްދުމަށް ކުލަބުތަކުން ވަނީ ތަފާތު ކަންތައްތަކެއް ކޮށްފަ އެވެ. އެގޮތުން ކުލަބުގެ ސަޕޯޓަރުންގެ ފޮޓޯތައް ގޮނޑިބަރިތަކުގައި ބެހެއްޓުން ފަދަ ކަންކަން ކުރަމުންދާ އިރު އެފްސީ ސޯއުލް ވަނީ އެކަމުގައި ހައްދުފަހަނައަޅައިފަ އެވެ. އެކުލަބުން ސަޕޯޓަރުންގެ ސްޓޭންޑުތައް ފަޅު ފިލުވުމަށް ވަނީ 30 މެނެކުއިން ބަހައްޓައިފަ އެވެ. އަދި އެ ކުލަބުން ލީގުގައި އެންމެ ފަހުން މެޗު ކުޅުނު އިރު އެ ބުދުތައް ފެންނަން ހުރުމުން ބައެއް ސަޕޯޓަރުން ވަނީ އެ މައްސަލަ އެގައުމުގެ ފުޓުބޯޅަ އިދާރާއަށް ހުށައަޅައިފަ އެވެ. ކޮރެއަން ފުޓުބޯޅަ ފެޑެރޭޝަނުން އެ މައްސަލަ ބެލި އިރު އެ ބުދުތަކަކީ ބަދުއަހުލާގީ އަމަލު ހިންގުމަށް ބޭނުން ކުރާ ބުދުތަކެއްކަން ވަނީ ފަޅާ އަރައިފަ އެވެ. އެހެން ކަމުން އެފްސީ ސޯއުލް ވަނީ އެ މައްސަލައިގައި 66,500 ޕައުންޑުން (81،300 ޑޮލަރުން) ޖޫރިމަނާ ކޮށްފަ އެވެ. "ސޯއުލްގް މި އަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އެކަމަކުގެ ސަބަބުން އެތައް ސަޕޯޓަރުންނަކާއި، އާއިލާތައް ތިބީ ހިތްހަމަ ނުޖެހިފައި." ކޭ ލީގުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. ސޯއުލްއިން ބުނީ އެކަމަކީ ނޭންގުމެއްގެ ތެރޭގައި ހިނގި ކަމެއް ކަމަށާއި ބެހެއްޓިފައިވާ ބުދުތަކަކީ ބަދުއަހުލާގީ އަމަލު ހިންގުމަށް ބޭނުން ކުރާ ބުދުތަކެއް ކަން ކުލަބަށް އެނގިފައި ނުވާ ކަމަށެވެ. އަދި އެކަމަށްޓަކައި އެކުލަބުން ވަނީ މާފަށް އެދިފަ އެވެ.
ސަޕޯޓަރުންގެ ސްޓޭންޑުގައި ބުދު ބެހެއްޓުމުން ސޯއުލް 81،300 ޑޮލަރުން ޖޫރިމަނާ ކޮށްފި
މާލޭގައި ފުޅާ ދާއިރާއެއްގައި ވަޑާމާއި ކޮންސްޓްރަކްޝަން އަދި ތަންތަން މަރާމާތް ކުރުމުގެ މަސައްކަތް ކުރާ، އަޅުގަނޑު ދަންނަ ބަނގުލާދޭޝް މީހަކު 2000 ޑޮލަރު ގަންނަން ލިބިދާނެތޯ މިދިޔަ ހަފުތާގައި ސުވާލުކުރުމުން އަޅުގަނޑަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. އަޅުގަނޑު އޭނާ ދަންނަތާ އެކި ދެތިން އަހަރު ވެދާނެ އެވެ. އަޅުގަނޑަށް އެނގިފައި އޮންނަނީ އޭނާ އަކީ ވޯކްޕާމިޓް ލިބިގެން އަދި ކޮންމެ ވެސް ދިވެއްސެއްގެ ނިވާފަތްގަނޑުގައި ހުރެ، އޭނާގެ އަމިއްލަ ވިޔަފާރި ކުރާ މީހެއްގެ ގޮތުގަ އެވެ. އޭނާގެ ރަނގަޅު ތަންކޮޅަކީ އޭނާއަކީ ވިސާ ފީ ދައުލަތަށް ދައްކައިގެން، ރާއްޖޭގައި އުޅޭ މީހަކަށް ވުމެވެ. އެހެނަސް ރާއްޖޭގައި އޭނާގެ އަމިއްލަ ވިޔަފާރި، އެ ކުރާ ގޮތަށް، ބިދޭސީއަކަށް އެފަދަ މަސައްކަތެއް ކުރެވޭނެ، ދުނިޔޭގައި އޮންނާނީ ކިތައް ގައުމުތޯ މިއީ ސުވާލެވެ. އަޅުގަނޑު ދަތުރުކުރި ކޮންޓިނެންޓްތަކުގެ އަދަދު މަދެއް ނުވާނެ އެވެ. ހަމަ ޔަގީނުން ވެސް، ނަމެއްގައި ވިސާ ހޯދައިގެން ހުންނަ އެފަދަ މީހަކަށް، އެހާ ފާޅުކަން ބޮޑު ގޮތެއްގައި އަމިއްލަ ވިޔަފާރި ކުރެވޭނެ ދެ ވަނަ ގައުމެއް ދުނިޔޭގައި އޮންނާނެ ހެނެއް ހިޔެއް ނުވެ އެވެ. މަދު ތަނެއްގައި ނޫނީ ހަމަ ޔަގީނުން ވެސް އެކަން އެ ގޮތަކަށް ނުކުރެވޭނެ އެވެ. ހުއްދަ ލިބިގެން އަދި ދިވެހި ކުންފުނިތަކުގެ މުވައްޒަފުންގެ ގޮތުގައި ބިދޭސީން މަސައްކަތް ކުރުމަކީ މައްސަލައެއް ނޫނެވެ. އަދި ރާއްޖޭގެ ތަރައްގީގެ ދުވެލި، ހިފެހެއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް ވެސް ބިދޭސީ މަސައްކަތްތެރިން ބޭނުންވެ އެވެ. ހާއްސަކޮށް ރާއްޖޭގެ ލޭބާފޯސްގައި ހިމެނޭ 244،000 މީހުންގެ ތެރެއިން 87،000 ދިވެހިން މަސައްކަތަށް ނުނެރޭވެ ނަމަ، އެއީ އިތުރު ތަކުލީފެކެވެ. އެކަމަކު އެކޮނަމިކް މިނިސްޓްރީގެ ރެކޯޑްތަކުން ދައްކާ، ގަވާއިދާ ހިލާފަށް އުޅޭ 40،000 އަށް ވުރެ ގިނަ ބިދޭސީން، އަދި އިމިގްރޭޝަންގެ ހިސާބުތަކުން ދައްކާ، 63،000 މީހުންގެ ތެރެއިން ގިނަ މީހުންނަކީ، ދިވެހީންނަށް އެކަމުގެ މަންފާކޮށް، ނޫނީ ދިވެހި އިގްތިސާދަށް އެކަމުގެ ފައިދާ ކުރާ ބައެއްތޯ މިއީ ސުވާލެކެވެ. އެހެނީ އެ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ކުރިން ފާހަގަ ކުރި ފަދަ އަމިއްލަ އަށް އާމްދަނީ ހޯދުމަށް މަސައްކަތްކޮށް، އެ ހޯދާ ފައިސާ ޑޮލަރަށް ބަދަލުކޮށްގެން އެ މީހުންގެ ރަށަށް ފޮނުވާ މީހުންނަށް ވާތީ އެވެ. އޭގެ ތެރޭގައި ހާއްސަކޮށް މާލެ އާއި އަދި އާބާދީ ބޮޑެތި ރަށްރަށުގައި ފިހާރަ، ކެފޭތައް ހިންގާ މީހުން ހިމެނެ އެވެ. އެއިން ތަނަކުން، މޫނުމަތީގައި ހުންނަ ދިވެހި މީހާ އަށް މަހަކު ދެނީ 10،000 ވަރަކަށް ރުފިޔާ ކަމަށްވެ އެވެ. ދެން މިލިއަނުން ފައިދާ ނެގިއަސް، އެއްކަލަ މޫނުމަތީގައި ހުންނަ ދިވެހި މީހާ އަށް ވަރިހަމަ އެވެ. އޭނާ އަށް މަހަކު ލިބޭ ފައިސާކޮޅު ލިބެނިކޮށް އޭނާ އަށް ނިމުނީ އެވެ. ބައެއް ދިވެހީން ހިސާބަށް ވުރެ ބޮޑަށް ކަންނެތީއޭ ވެސް ބުނެވިދާނެ އެވެ. އޭގެ އިތުރަށް އެ ބިދޭސީންގެ އަތުން ދައުލަތަށް އަހަރަކު ގެއްލޭ ވިސާ ފީއަކީ 189 މިލިއަން ރުފިޔާ އެވެ. މިއީ ކުޑަ އަދަދެެއްތޯ އެވެ؟ އަޅުގަނޑުގެ ސުވާލަކީ އެ ގޮތަށް އެ ވިޔަފާރި ކުރާ ތަންތަނަށް މީރާ އަށް ނުވަދެވެނީ ކީއްވެގެންތޯ އެވެ؟ މީރާ އިން ފަހާ ދުވަން ޖެހޭނީ، ހަމަ އެކަނި ދިވެހީން ކުރާ ވިޔަފާރިތަކުގެ ފަހަތުންތޯ އެވެ؟ ހަމަ ޔަގީނުން ވެސް ބިދޭސީން ހިންގާ ކަންމަތީ ފިހާރަތަކުގެ ވިކުރާ އަށް ޖަމާވާ ފައިސާ ވަންނަ ތަނެއް އޮންނާނެ ދެއްތޯ އެވެ. އަދި އަނެއް ސުވާލަކީ، ބިދޭސީން، ބޭރަށް ބޭރު ކުރާ ބޭރު ފައިސާ ބެލޭނެ ގޮތެއް ނޯވޭތޯ ކުރެވޭ ސުވާލެވެ. އެ މީހުން ބޭރަށް ފޮނުވާ ފައިސާއަކީ ވޯކްޕާމިޓްގެ ތެރެއިން އެ މީހުންނަށް ލިބޭ އާމްދަނީއާ އެއްވަރަށް ފޮނުވާ ފައިސާއަކަށް ވާކަށް ނުޖެހޭތޯ އެވެ؟ އެކަންކަން ނުބެލޭ ނަމަ ކީއްކުރާ އޮތޯރަޓީތަކެއްތޯ އެވެ؟ ގަވާއިދާ ހިލާފަށް ޕާކް ކުރާ ސައިކަލްތަކުގައި ސްޓިކާ ޖެހުމަށް ފުލުހުން ސަމާލުކަން ދޭވަރަށް، ވޯކްޕާމިޓް ނެތި މަސައްކަތް ކުރާ ބިދޭސީން ހޯދުމަށް ފުލުހުން ސަމާލުކަން ނުދެނީ ކީއްވެތޯ ވެސް ސުވާލު އުފެދެ އެވެ. ބިދޭސީން ރެގިއުލޭޓް ކުރުމަށް ހަވާލުވެފައިވާ ފަރާތްތަކުން އެ ބުނަނީ އަދި ވެސް ބިދޭސީން މަދު ކަމަށާއި ދެތިން ލައްކަ މީހުން އިތުރަށް ގެންނަން ޖެހޭ ވާހަކަ ވިއްޔާ އެވެ. އަދި ބުނާ ކަހަލަ އެވެ. އެމީހުންނާ ނުލައި ދިވެހިންނަށް ދިރިނޫޅެވޭނެ އެވެ. ތެދެކެވެ. އެކޮނަމީ ކުރިއަރުވަން އިތުރު މީހުން ބޭނުން ނަމަ ހަމަ ބިދޭސީން ގެންނަންވީ އެވެ. އެކަމަކު އެކޮނަމިކް މިނިސްޓްރީގެ ދައުރަކީ ހަމައެކަނި ހުއްދަދީ، ރަޖިސްޓްރީ އިޝޫކުރުމަށް ވުރެ، ފުޅާ ދައުރެއް އޮތްކަން ގަބޫލުކޮށް، އެ މަގަށް މަސައްކަތް ކުރާކަަށް ނުޖެހޭތޯ އެވެ؟ މި ނޯޓުގައި ވިސާ އާ ނުކޮށް އޮއްވައި ވިސާގެ މުއްތަދު ހަމަވުމުން މެލޭޝިޔާގައި ކަންކުރާ ގޮތް ހިއްސާކޮށްލާނަމެވެ. އެފަދަ ހާލަތެއްގައި އެ މީހަކު ޖެހޭނީ ޖަލަށްދާށެވެ. މުއްދަތު ހަމަވުމުން އެންމެ ދުވަހަކަށް ވިއަސް، އެކަން ހިނގާނީ އެ ބީދައިންނެވެ. މިކަން ތަޖުރިބާކޮށްފައިވާ އެތައް ދިވެހި ކިޔަވާ ކުދިންނެއް މެލޭޝިޔާގައި އުޅޭނެ އެވެ. އަޅުގަނޑު ވެސް ގަބޫލު ކުރަމެވެ. ހައްދެއް ނެތި، އަދި ހަމައެއް ލަމައެއް ނެތި، ވަކި ބަޔެއްގެ ފައިދާ އަށް ބިދޭސީން، ހާއްސަކޮށް ބަނގުލާދޭޝް މީހުން ރާއްޖެ އެތެރެ ކުރީ ކުރީގެ ސަރުކާރުތަކުންނެވެ. އަދި އެކަން ހައްދުން ނެއްޓީ އެންމެ ފަހުން ނިމުނު ސަރުކާރުގެ ފަހުކޮޅުގަ އެވެ. އެ ވަގުފާރިން މުއްސަނދިވި މީހުން އެެތިބީ ފެންނާށެވެ. އެކަމަކު އެއިން މީހަކާ ދެކޮޅަށް ކުރެވުނު ކަމެއް ވެސް ނެތެވެ. އަދި ކުރަން ބޭނުންވާ ހެން ވެސް ހިއެއް ނުވެ އެވެ. މައްސަލައެއް ނެތެވެ. ކުރީގެ ސަރުކާރުތަކުން "އެ ޖަރީމާ" އެގޮތަށް ހިންގީ އެވެ. އެކަމަކު ގަވާއިދާ ހިލާފަށް އުޅޭ މީހުން ބަންދުކޮށް ފޮނުވާލުމަށް މިދިޔަ ދޮޅު އަހަރެއްހާ ދުވަސް ނުފުދޭތޯ އެވެ؟ ސާޅީސް ހާސް މީހުން ގާނޫނީ އިމަށް ފައްތަން ކިތައް އަހަރު ނަގާނެތޯ އެވެ؟ ހަމަ ބަލަހައްޓައިގެން ތިބެވެންވީތޯ އެވެ؟ އެއިން ކޮންމެ މީހެއްގެ ނަމުގައި ނެގި ޑިޕޮސިޓް ފައިސާ ކޮބައިތޯ އެވެ؟ އެ ފައިސާ އިން އެ މީހުން ފޮނުވާނުލެވެންވީ ކީއްވެތޯ އެވެ؟ މި ދައްކަނީ ވޯރާ ވިޔަފާރިވެރިން ފޮނުވާލި ގޮތަށް އެ މީހުން ފޮނުވާލަން ބުނާ ވާހަކައެއް ވެސް ނޫނެވެ. އަދި އެ މީހުންގެ އިންސާނީ ކަރާމަތް ގެއްލުވާލާފައި އެކަން ކުރާށޭ ބުނަނީ އެއް ވެސް ނޫނެވެ. އެކަމަކު ގާނޫނާ ހިލާފަށް އުޅޭ ކޮންމެ މީހަކީ ޖަލުގެ ތޭރިތަކުން ނޫން ގޮތަކަށް ޖާގަ ލިބިގެން ވާނެ މީހެއް ނޫން ވާހަކަ އެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ގަވާއިދާ ހިލާފަށް އެ މީހުން ކުރާ ވިޔަފާރިތައް ނުހުއްޓުވުމުގައި ބިދޭސީން އެތެރެވާ، މައިދޮރޯށީގެ ދޯދިޔާ ކަމާއި މުއައްސަސާތަކުން ޒިންމާއިން ރެކުން ހިމެނެ އެވެ. އަދި ރާއްޖެ އަށް ބިދޭސީން އެތެރެވާ، ދޮރު ފާރަވެރިންގެ ގޮތުގައި ހިމެނޭ ފަރާތްތަކާއި އިމިގްރޭޝަންގެ ކޮރަޕްޝަންގެ ވާހަކައަކީ ޒަމާނުއްސުރެ ދައްކަމުން އަންނަ ވާހަކަ އަކަށް ވިއަސް، ހައްލު ނުވި ކަމެކެވެ. ސުވާލަކީ މިހާތަނަށް އެއިން ތަނެއްގެ ވެރިއަކު، އަދި މުވައްޒަފެއްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާއެއް ކޮށްފައިވޭތޯ އެވެ؟ އެ ހުރިހާ ކަމެއް އެހެން ހުއްޓައި އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހަމަ މަގަށް އެޅުވުމުގެ މަަސައްކަތް ފެއްޓިތާ ހައެއްކަ މަސް ފަހުން ރިހޭ ފައިމައްޗަށް ފޮއިވެޓުނީއޭ ބުނާ ގޮތަށް، ކޮވިޑާ ގުޅިގެން މި ވަނީ އެ މީހުންގެ ފަރާތުން އިތުރު ބުރައެއް އުފުލަން ޖެހިފަ އެވެ. އަހަރުންނަށް މި ޖެހެނީ ބަޖެޓްގައި ހުރި ފައިސާކޮޅުގެ ބޮޑު އަދަދެއް ހަރަދުކޮށްގެން އެ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީ އަދި ކަރަންޓީން ފެސިލިޓީތަކަށް ފޮނުވައިގެން ހަރަދު ކުރާށެވެ. އެއިރު ރާއްޖޭގައި ކޮވިޑް ޖެހުނު 1000 ވަރަކަށް މީހުންގެ ތެރެއިން މީހެއްގެ ބޮލަކަށް މިލިއަނެއްހާ ރުފިޔާ ހަރަދު ކުރަން ޖެހުނު އިރު، އޭގެ ތެރެއިން ބޮޑު ބައެއް މި ހަރަދު ކުރަން ޖެހެނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރާކަަށް ނޫންތޯ އެވެ؟ ކޮވިޑާ ގުޅިގެން ހާލުގައި ޖެހުނު ދިވެހީންނަށް އޮތީ ކޯއްޗެއްތޯ އެވެ؟ އެންމެ ކުޑަ މިނުން އެ މީހުންގެ ނަމުގައި ޕެންޝަން ފަންޑުގައި ހުރި ފައިސާ އިން މަދު އެތިކޮޅެއް ދިނުމަށް ވެސް އެ ދަނީ ދެކޮޅު ހަދަމުންނެވެ. އޭގެ އިންސާފަކީ ކޮބާތޯ އެވެ؟ އަނެއްކާ ޕެންޝަން ފަންޑްގެ ހުރިހާ ފައިސާއެއް ޓީބިލްގެ ތެރެއަށް ވަދެ ހުސްވީތޯ އެވެ. ތެދުފުޅެކެވެ. ބިދޭސީން ރާއްޖޭގައި މި ދުވަސްވަރު އުޅެނީ ވަރަށް ދަތި އަދި އުނދަގޫ ހާލުގަ އެވެ. އެ މީހުންނާ ދޭތެރޭ ހަމްދަރީވަމެވެ. އެކަމަކު އެ މީހުންނަށް ވެސް އަދި ރާއްޖެ އަށް ވެސް މި ވަގުތަށް އޮތް އެންމެ ރަނގަޅު ހައްލަކީ އެ މީހުން އެ މީހުންގެ ގައުމުތަކަށް ފޮނުވާލުމެވެ. ނޫނީ އެ ދެވެނީ އެ މީހުންނަށް ވެސް އަދި ދިވެހިންނަށް ވެސް އަނިޔާއެކެވެ. ކޮވިޑް-19 ނިމޭ އިރު ސަލާމަތް ވާނީ ކިތައް ވިޔަފާރި ކަމެއް އަދި ދިރި ތިބޭނީ ކިތައް މީހުންކަން ދެނެވޮޑިގެން ވަނީ މާތް ﷲ އެވެ. ﷲގެ ރަހުމަތްފުޅާ އެކު ލާހިކު ގޮތަކަށް މިކަމުން އަރައިގަނެވެއްޖިއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ. އަޅުގަނޑުމެން އެންމެންގެ ދުއާއަކީ ވެސް އެއީ އެވެ. އެހެން ނަމަވެސް މިހާދިސާ އަށް ފަހު، ދުނިޔޭގައި ތިބި ބަޔަކު ވަރަށް ސީރިއަސްކޮށް، ފިލާވަޅުތަކެއް ހޯދަން ޖެހޭ ކަންތައްތަކެއް ހުރިކަން ގަބޫލުކުރަން ޖެހެ އެވެ. އެ ގޮތުން ގައުމީ އުފެއްދުންތެރި ކަމަށް ހިއްސާ ނުކުރާ މީހަކު ނުހުންނާނެކަން ޔަގީން ކުރުން އެއީ އެއް ކަމެވެ. ހަމަ އެއާ އެކު ލޭބާފޯސްގައި ތިބި މީހުންގެ ތެރެއިން 36 ޕަސެންޓް ނޫނީ 87،000 މީހުންނަކީ ނިސްބަތުން ގިނަ ބައެއްކަން ގަބޫލުކޮށް އެކަމަށް ފިޔަވަޅުތަކެއް އަޅަން ޖެހެ އެވެ. ގްރޭޑް ނުވައެއް އަދި 10 އަކަށްދާ ހިސާބުން މަސައްކަތުގެ ތެރެއަށް ކުދިން އަހުލުވެރިކޮށް ނެރެން ޖެހެ އެވެ. އުމުރުން 16 އަހަރާއި 18 އަހަރާ ދޭތެރޭ އެ ގެއްލޭ ދެ އަހަރު ނުގެއްލޭނެ ގޮތަކަށް ސިސްޓަމް ބަންޓަން ކުރަން ޖެހެ އެވެ. ދުނިޔޭގެ ތަޖުރިބާ އިން އިބުރަތް ލިބިގަންނަން ޖެހެ އެވެ. ރާއްޖެ ފަދަ ކުޑަ އަދި ދެ ބިލިއަނެއްހާ ޑޮލަރުގެ ބަޖެޓަކުން އަހަރަކު ބިދޭސީން 300 މިލިއަން ޑޮލަރު ނޫނީ 4.6 ބިލިއަން ރުފިޔާ ބޭރަށް ފޮނުވާލަ ފޮނުވާލައި ތިބެވޭކަށް އަޅުގަނޑުމެންނަކަށް ނޯންނާނެ އެވެ. ސަރުކާރުތައް ބަދަލުކުރަނީ ބޯ ބަދަލު ކުރާ ކަމަކަށް ހަދައިގެން ނުވާނެ އެވެ. އެކަން ވާން ޖެހޭނީ ދައްކާ ވާހަކަ އަށް ވުރެ ބޮޑަށް ހާސިލުކޮށްދެވޭނެ މެނިފެސްޓޯއެއްގެ މައްޗަށް ކުރާ ކަމަށެވެ. ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅަން ކެރޭ، މެނިފެސްޓޯގައި އެކަން ކުރަން ބުނެ، ކުރާނެ ބަޔަކު ވެރިކަމަށް ގެންނަން ޖެހެ އެވެ. ގައުމުތަކުގެ ކޮރަޕްޝަންގެ މޫތައް އަށަގެންފައިވާ މުއައްސަސާތައް "ދޮވެ ސާފުކުރާ" ފަންނީ ކުންފުނިތައް މަދެއް ނޫނެވެ. އާންމުކޮށް އެފަދަ ފަރާތްތަކުން ފީ ނަގަނީ އެ ފަރާތްތަކުގެ މަސައްކަތުން ގެންނަ ސޭވިންގެ ޕަސެންޓެއް ލިބޭ އުސޫލުންނެވެ. ރާއްޖޭގައި ވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް އެ ފަދަ ވިސްނުމަކަށް ނުދާންވީ ސަބަބެއް ނެތެވެ. ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކަ އެވެ. އަދި ދިވެހިންގެ މުސްތަގުބަލަށް ޓަކަ އެވެ.
ބަހުސެއް ނެތެވެ؛ ގާނޫނާ ހިލާފު މީހުން ފޮނުވާލާށެވެ.
އިއްޔެ އެންމެ ބޮޑު ސިހުމެއް ގެނުވި އެއް ހަބަރަކަށްވީ މާލެ އިން ފުރައިގެން އުތުރުގެ އަތޮޅުތަކަށް ދަތުރުކުރި ބޮޓެއްގެ ކެޕްޓަން ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވި ހަބަރެވެ. މާލެއިން ބޭރުވި ފަހުން ކޮރޯނާ ޖެހުނުކަން ޔަގީންވި ދެވަނަ މީހާ އަކީ ށ. ނަރުދޫ އަށް ނިސްބަތްވާ އުމުރުން 49 އަހަރުގެ މީހެކެވެ. ހއ.ގެ އިތުރުން ށ. އަދި ނ. އަތޮޅުގެ މީހުން ވެސް ދަތުރުކުރާ އަމާޒު ބޯޓުގެ ކެޕްޓަން ބައްޔަށް ޕޮޒިޓިވް ވުމާ އެކު މި އަތޮޅުތަކުގެ ގިނަ ރަށްތަކެއް މިހާރު ވަނީ މޮނީޓަރިންގެ ހާލަތުގަ އެވެ. ނަރުދޫ ކައުންސިލްގެ ރައީސް އަހުމަދު އާރިފް ވިދާޅުވީ ރަށުގެ ރައްޔިތުން ތިބީ "ބިރުވެރި ކަމެއްގެ ތެރޭގައި" ކަމަށެވެ. އެ ރަށުގެ މީހަކު ބައްޔަށް ޕޮޒިޓިވްވުމާ އެކު ރަށް ލޮކްޑައުންކޮށްފައިވާ އިރު، އެ ރަށުގެ 90 ވަރަކަށް މީހުން އަމާޒު ބޯޓުން ދަތުރު ކުރި ކަމަށް އާރިފް ވިދާޅުވި އެވެ. އެ ބޯޓުން ދަތުރުކުރި ހަތަރު މީހެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނި ސާމްޕަލް ނަގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަމާޒު ބޯޓު މާލެއިން ފުރާފައި ވަނީ މާލެ ލޮކްޑައުން ކުރި ދުވަހު އެވެ. އެ ބޯޓުން 150 މީހުން ދަތުރުކުރި އިރު ބޯޓުގެ ކެޕްޓަން ރޯގާ ޖެހިގެން އެރަށުގެ ސިއްހީ މަރުކަޒަށް ވަނީ ދައްކައިފަ އެވެ. އޭނާގެ ސާމްޕަލް ނެގީ އޭގެ ދުވަސްތަކެއް ފަހުންނެވެ. ހަ ސަތޭކައެއްގައި މީހުންގެ އާބާދީއެއް އޮންނަ ނަރުދޫގެ ރައްޔިތުން މިވަގުތު ތިބީ ކޮވިޑްގެ ބިރުވެރިކަމާ އެކު ގޭގޭގަ އެވެ. ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދެނީ ޓާސްކްފޯސް ޑެސްކުގެ ފަރާތުންނެވެ. ދަނޑުވެރި ނަރުދޫ އިން މި އަހަރުގެ ރޯދަމަހަށް ވެސް ރަށުގެ ދަނޑުތައް ފައްކާ ކުރި އެވެ. ނަމަވެސް ރާއްޖެއަށް ކޮރޯނާގެ ރާޅު ބިންދާލުމާ އެކު ދަނޑުވެރިންގެ މަސައްކަތުގެ މޭވާ، ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ކުރި އޮތް ފަސޭހަތައް ނެތިގެން ދިޔަ އެވެ. ނަރުދޫ ކައުންސިލުގެ ރައީސް އާރިފް ވިދާޅުވީ ކޮރޯނާގެ ކޭހެއް އެ ރަށުން ފެނުމުގެ ކުރިން ދަނޑުވެރިންގެ ބައެއް އުފެއްދުންތައް ވިއްކުނު ކަމަށެވެ. "އެކަމަކު މިހާރު މިރަށުގެ އުފެއްދުންތައް ގަންނަން ވެސް ބިރުގަންނާނެ ކަންނޭނގެ. އަދި ވެސް ދަނޑުވެރިންގެ އުފެއްދުންތައް ބައިވަރު އެބަހުރި. އެކަމަކު ވިކޭނެ ކަމުގެ އުއްމީދެއް ނެތް،" އާރިފް ވިދާޅުވި އެވެ. އަމާޒު ބޯޓުން ދަތުރުކުރި މީހުން އުތުރުގެ ތިން އަތޮޅެއްގައި އެބަތިއްބެވެ. އެގޮތުން ނ. އަތޮޅުން، މާފަރު، ހެނބަދޫ، މިލަނދޫ، ވެލިދޫ، ކެދިކުޅުދޫ އަދި ހޮޅުދޫ. ށ. އަތޮޅުން ނަރުދޫ، ފުނަދޫ، ފީވައް، މިލަންދޫ، މާއުނގޫދޫ ގައި އެ ބޯޓުން ދަތުރުކުރި މީހުން ތިބި އިރު ހއ. ދިއްދޫ އާއި އުތީމުގައި ވެސް އެ ބޯޓުން ދަތުރުކުރި މީހުން އެބަތިއްބެވެ. މި ހުރިހާ ރަށެއް ވެސް މިވަގުތު އޮތޯ ލޮކްޑައުންގަ އެވެ. މީގެ ތެރެއިން ބައެއް ރަށްރަށަށް ގުޅާލުމުން ރަށު ކައުންސިލުން ބުނެފައިި ވަނީ ރަށުގެ އާންމު ހާލަތު ރަނގަޅު ކަމަށެވެ. ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދިނުމަށް ފިހާރަތަކުން ޑެލިވަރީގެ ހިދުމަތް ދޭއިރު ބޯޓުން ދަތުރުކުރި މީހުންގެ ހާލަތު ސިއްހީ ކަމާ ބެހޭ ފަރާތްތަކުން ބަލަމުންދާ ކަމަށް އެ ރަށްރަކުން ބުންޏެވެ. މީގެ ކުރިން މާލެއިން ބޭރުން ކޮވިޑް ޖެހިފައިވާ މީހަކު ފެނިފައި ވަނީ، ހއ. އުލިގަމުންނެވެ. އެ މީހާ އަކީ ވެސް، މާލެއަށް ދަތުރުކޮށްފައި ދިޔަ ފަހުން ކޮވިޑްގެ އަލާމާތްތައް ފެނިގެން ޓެސްޓް ކުރުމުން ބައްޔަށް ޕޮޒިޓިވްވި މީހެކެވެ. ރާއްޖެއިން މިހާތަނަށް ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 177 އަށް އަރައިފަ އެވެ. ބަލިން ރަނގަޅުވެފައި ވަނީ 17 މީހެކެވެ.
ނަރުދޫ ބިރުވެރިކަމެއްގައި، ބޯޓުން ދަތުރުކުރި 90 ވަރަކަށް މީހުން އެބަތިބި
އިންޑިއާގެ ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ، ދުވަހަކަށް ވުރެން ދުވަހެއް ބާރުގަދަ ވަމުންދާތީ އިންޑިއާ އަދި ބަންގްލަދޭޝްގެ އިތުރުން މިޔަންމާއަށް ވެސް ނުރައްކާ ވުމުގެ ބިރު ބޮޑު ކަމަށް މޫސުމާބެހޭ އޮފިޝަލުން ބުނެފި އެވެ. ތޫފާން "އަމްޕުން" ގެ ނަމުން ނަންދީފައިވާ މި ތޫފާނުގެ ބާރު އިތުރަށް ވަރުގަދަވެ، ކައިރި އަވައްޓެރި ގައުމުތަކަށް ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ. އެގޮތުން އިންޑިއާއާއި، ބަންގްލަދޭޝްގެ އާބާދީގެ ބޮޑު އިންސައްތަ އަކީ ނާޒުކު ބަޔަކަށް ވެފައި، މި ތޫފާނުގެ ސަބަބުން ގިނަ ބަޔަކު ހާލުގައި ޖެހިދާނެ ކަމަށް މޫސުމާ ބެހޭ މާހިރުން ދަނީ ބުނަމުންނެވެ. ރާއްޖޭގެ މީޓްރޮލޮޖިކަލް ސާވިސަސް، މެޓް އޮފީހުން މިއަދު ބުނީ، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެއް ނަމަވެސް، ރާއްޖެއަށް ކުރާ ވިއްސާރައިގެ ބާރު ގަދަވެގެން އުޅެނީ މި ދުވަސްވަރު ބޭ އޮފް ބޭންގާލްގައި އުފެދެމުން ދާ ތޫފާނެއްގެ ނުސީދާ އަސަރުކުރަމުން ދާތީ ކަމަށެވެ. މެޓް އޮފީހުން ބުނީ އެ ތޫފާނުގެ ސީދާ އަސަރުތައް ރާއްޖެއަށް ނުކުރާނެ ކަމަށާއި ތޫފާން ދަތުރު ކުރަމުން ދަނީ އިންޑިއާޔާއި ބަންގާޅާ ގުޅޭ ބޯޑަރާ ހިސާބަށް ކަމަށެވެ. "ތޫފާން ބޮޑަށް ފޯލްވާނެ ކަމަށް މިބެލެވެނީ އިންޑިއާ ބަންގާޅު ބޯޑަރަށް. އެހެން ވީމާ ސީދާ އަސަރެއް މީގައި ރާއްޖެއަކަށް ނުކުރާނެ،" މެޓްގެ އޮފިޝަލަކު ވިދާޅުވި އެެވެ. ކުރިއަށް އޮތް 24 ގަނޑިއިރަށް ރާއްޖޭގެ މޫސުން ލަފާކުރެވެނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ގަދަ ވަޔާއެކު ކުރަމުންދާ ބޯ ވިއްސާރައިގެ މި ތޫފާން ދަތުރު ކުރަމުންދާ ސީދާ މަންޒިލެއް އަދި ނޭނގޭ އިރު، މިވަގުތު ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ ސެންޓަރްލަ ބެންގަލް ބޭ އަށެވެ. އެކަމަކު ތޫފާން ދެން އެންމެ އަވަހަށް ދަތުރު ކުރާނެ ކަމަށް ލަފާ ކުރެވެނީ ދެކުނަށް ކަމަށްވާތީ ދެކުނު ބެންގަލް ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ވަގުތީ ހިޔާތަކަށް ގެންދިއުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެހެން ނަމަވެސް، ތޫފާން ދަތުރުކުރާ ރޫޓިން އަދި ދެނެގަނެވިފައި ނުވާތީ އޭގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ކޮން ސަރަހައްދެއް ކަމެއް ނޭނގެ އެވެ. ގަޑިއަކު 90 މޭލުގެ ބާރު މިނެއްގައި ވައިޖެހެމުންދާ މި ތޫފާންގައި ބުދަ ދުވަހުގެ ނިޔަލަށް 120 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ. އަދި ބުރާސްފަތި ދުވަހު އަނެއްކާވެސް ތޫފާންގެ ބާރު މަޑު މަޑުން ދައްވާނެ ކަމަށް ވެސް ވަނީ ލަފާ ކޮށްފަ އެވެ. ތޫފާން އަމްޕުންގެ ސަބަބުން އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން މިހާރު އެގައުމުގެ އޮޑިޝާއާއި އުތުރުން ބެންގަލް ކޯސްޓަށް ވަނީ އޮރެންޖެ އެލާޓް ނެރެފަ އެވެ. އަދި ދެކުނު ބެންގަލް ކޯސްޓަށް މިހާރު ވަނީ ރެޑް އެލާޓް ނެރެފަ އެވެ. މީގެ އިތުރުން ބަންގަލްދޭޝްއާއި އިންޑިއާގެ މަސްވެރިންނާއި، ކަނޑުދަތުރު ކުރާފަރާތްތައް މިދުވަސްވަރު އެ ހިސާބުން ދަތުރު ނުކުރުމަށް ވަނީ އަންގައިފަ އެވެ. ތޫފާނުގެ އަސަރު އެންމެ ބޮޑަށް ބުދަ ދުވަހު ކުރާނެ ކަމަށް ބެލެވޭ އިރު ބަންގްލަދޭޝްއަކީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކޯރުތައް ބަންޑުންވުމާއި، ކިސަޑު ފޭބުމުގައި ރެެކޯޑް އޮންނަ ގައުމެކެވެ. އެހެން ކަމުން ބަންގަލްދެޝްގެ ރައްޔިތުން އެކަން ކަމަށް ސަމާލުވެ ތިބުމަށް ސަރުކާރުން ވަނީ ގޮވާލައިފަ އެވެ. މިދިޔަ އަހަރުގެ މިދުވަސްވަރު ވެސް ވަނީ އިންޑިއާގެ ބެންގަލް ބޭގައި ވަރުގަދަ ތޫފާނެއް އުފެދި ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. އެގޮތުން ތޫފާން "ފަނީ" ގެ ސަބަބުން އެއް މިލިއަން މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. އަދި ތޫފާނުގެ ސީދާ އަސަރު ކުރާނެ ކަމަށް ބެލެވުނު 10،000 ވިލެޖާއި 52 އަވަށުގެ މީހުން ވަނީ 900 ވަގުތީ ހިޔަލަށް ބަދަލުކޮށްފައެވެ. ތޫފާން ފަނީ އަކީ 1999 ވަނަ އަހަރަށް ފަހު އިންޑިއާއަށް އެރި އެންމެ ބާރުގަދަ ތޫފާނެވެ. އެފަހަރު އެރި ތޫފާނުގައި އިންޑިއާއިން ވަނީ 10،000 މީހުން މަރުވެފައެވެ. އިންޑިއާގައި އާއްމުކޮށް ތޫފަން އަރާ ދެ ސީޒަނެއް އޮވެއެވެ. އެއީ އެޕްރީލް މަހުގެ ފަހު ކޮޅުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ. އަދި އޮކްޓޯބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.
ތޫފާން "އަމްޕުން" ގެ ބާރުގަދަވެއްޖެ، ރާއްޖެއަށް ނުސީދާ އަސަރު
ލަންޑަން (އޭޕްރިލް 26): ކޮވިޑް-19 ބަލި އެއް ފަހަރު ޖެހިފައިވާ ކަން އަންގައިދޭ 50 މިލިއަން އެންޓިބޮޑީ ޓެސްޓިން ކިޓު އުފައްދަން އިނގިރޭސިވިލާތުގެ ސަރުކާރުން ނިންމާފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ. އިނގިރޭސި ސަރުކާރުން އެ ޓެސްޓު ކިޓުތައް އުފައްދަން އަންގާފައި ވަނީ އެ މަސައްކަތަށް ހާއްސަކޮށްފައިވާ ޔޫކޭ ރެޕިޑް ޓެސްޓިން ކޮންޒޯޓިއަމްއަށެވެ. ސިއްހީ އާލާތްތައް އުފައްދާ ކުންފުނިތަކާއި ޔުނިވާސިޓީތައް ހިމެނޭ އެ ކޮންޒޯޓިއަމްގައި އޮކްސްފޯޑް ޔުނިވާސިޓީވެސް ހިމެނެ އެވެ. އަދި އިނގިރޭސި ސަރުކާރުން އޯޑަރު ކޮށްފައި ވަނީ އޮކްސްފޯޑުގެ ސައިންޓިސްޓުން އުފައްދާ ޓެސްޓެކެވެ. އިނގިރޭސި މީޑިއާތަކުގައިވާ ގޮތުން އެންމެ 12 ޑޮލަރަށް ގަނެވޭނެ ކަމަށް ބެލެވޭ އެ ޓެސްޓު ކިޓުތައް އަންނަ ޖޫން ހިސާބުގައި ލިބޭނެ ކަމަށް ލަފާ ކުރެވެ އެވެ. އެންޓިބޮޑީ އަކީ ބަލި ޖައްސާ ބެކްޓީރިއާ އާއި ވައިރަސް ފަދަ ތަކެތި ހަށިގަނޑަށް ވަނުމުން، އޭތި ނައްތާލުމަށް ދިފާއީ ނިޒާމުން އުފައްދާ ޕްރޮޓީންއެކެވެ. އަދި ދެވަނަ ފަހަރަށް އެ ވައިރަސް ހަށިގަނޑަށް ވަނުމުން އެ އެންޓިބޮޑީ ކުރިއަށް ވުރެ އަވަހަށް ހަރަކާތްތެރިވެ، އެ ބެކްޓީރިއާ ނުވަތަ ވައިރަސް ނައްތާލަ އެވެ. ކޮވިޑް-19ގެ އަލާމާތްތައް ނުފެނުނު ނަމަވެސް އެ ބަލި ޖެހިފައިވާ މީހުން ދެނެގަތުމަށް އެތައް އެންޓިބޮޑީ ޓެސްޓުތަކެއް މިހާރުވެސް ވަނީ އުފައްދާފަ އެވެ. ނަމަވެސް އޭގެއިން އެއްވެސް ޓެސްޓެއް އާއްމުކޮށް ބޭނުން ކުރެވޭ ވަރަށް، ސައްހަ ނަތީޖާތައް ދައްކާ ކަމަށް އިނގިރެސީ ޕަބްލިކް ހެލްތުން އަދި ނިންމާފައި ނުވެ އެވެ. އަދި އެ ޓެސްޓުތަކުން 'ފޯލްސް ޕޮޒިޓިވް' ނުވަތަ އެންޓިބޮޑީ ހަށިގަނޑުގައި ނެތީސް އެންޓިބޮޑީ ހުރި ކަމަށް ދައްކާ ކަމުގެ ޝަކުވާތައް ވަނީ ފާހަގަ ކުރެވިފަ އެވެ. އިނގިލި ކުރިން ލޭ ނަގައިގެން ހައްދާ އެ ޓެސްޓަކީ މީހުން އަލުން ވަޒީފާއަށް ނުކުތުމަށް ހުއްދަ ހޯދުމަށް ހެދިދާނެ ޓެސްޓެއް ކަމަށް ބައެއް ގައުމުތަކުން ވަނީ ބުނެފަ އެވެ. ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ވަނީ ކޮރޯނާވައިރަހުގެ އެންޓިބޮޑީތައް ހުރި މީހުންނަށް ދެވަނަ ފަހަރު ބަލި ނުޖެހޭނެ ކަމުގެ އެއްވެސް ހެއްކެއް އަދި ނެތް ކަމަށް ބުނެފަ އެވެ. އަދި އެންޓިބޮޑީ ހުރިތޯ ބެލުމަށް ފަހު އެ މީހަކަށް ބަލި އަލުން ނުޖެހޭނެ ކަމަށް ނިންމާ، އެ މީހުން ވަޒީފާއަށް ނެރުމަކީ ވައިރަސް ފެތުރުން އިތުރުވެދާނެ ކަމެއް ކަމަށް ބުނެފަ އެވެ. އިނގިރޭސިވިލާތުގައި މިހާތަނަށް 148،000 މީހުން ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި މަރުވި މީހުންގެ އަދަދު އިއްޔެ ވަނީ 20،000އަށް ވުރެ އިތުރުވެފަ އެވެ.
އިނގިރޭސި ސަރުކާރުން 50 މިލިއަން އެންޓިބޮޑީ ޓެސްޓިން ކިޓު ހައްދަނީ
މިހާރު އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުއި ދިނުމުން ދިމާވާނީ ކޮން ބަޔަކާތޯ ނިންމައި، އެ ފަރާތްތަކަށް އެކަން އަންގައި ހަމައެކަނި އެފަރާތްތަކާ ބައްދަލުވާނެގޮތަށް ކަންތައް ނިންމައި އަމިއްލައަށް މައިކްރޯ ކްލަސްޓާ ހެދުމަށް ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން އެދިއްޖެ އެވެ. ކޮވިޑް-19 އާ ގުޅިގެން އެ ވައިރަސް ކޮންޓްރޯލުކުރުމަށްޓަކައި އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުޔެއް ދިނުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. މިހާލަތުގައި އަމިއްލައަށް މައިކްރޯ ކްލަސްޓާ (ފުރަބަންދަށް ފަހު ދިމާވާނެ މީހުން) ހެދުމަށް އެދިފައިވަނީ ބައްދަލުވާ ފަރާތްތައް ރަނގަޅަށް މޮނިޓާކުރުމަށްޓަކައެވެ. އަދި ދިމާވާ ފަރާތްތަކާއި އެ ފަރާތްތަކުގެ މައުލޫމާތު އަމިއްލައަށް އެނގިފައި އޮތުމަކީ މައިކްރޯ ކްލަސްޓާއެއް ހެދުމުގެ ބޭނުމެވެ. މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ، ކޮންމެ މީހަކުވެސް މައިކްރޯ ކްލަސްޓާ ހަދާއިރު ބައްދަލުވާ ފަރާތްތަކަށްވެސް އެކަންތައް އަންގާފައި ބޭއްވުން މުހިއްމުވާނެ ކަމަށެވެ. "ތިބޭފުޅުން މިހާރު ނިންމަވަންވީ ލޮކްޑައުންގެ ހާލަތުން ލުއިތައް ލިބޭއިރު ދިމާވާނީ ކޮންބަޔަކާތޯ. އެބޭފުޅުންނަށްވެސް އެނގެންވީ ތިބޭފުޅުން ނިންމައިފިކަން މިފައެއްކަ، ހައެއްކަ މީހުންނާއޭ ދިމާވާނީ އާންމުގޮތެއްގައި. އިތުރު މީހަކާ ދިމާއެއް ނުވާނެ ކަން،" އޭނާ ވިދާޅުވިއެވެ. އެއިރުން އެ މީހުންނާ ދިމާވާ މީހުންގެ ކޮންޓެކްޓު މަދުކުރަން އެނގޭނެ ކަމަށް މަބްރޫކް ފާހަގަކުރެއްވިއެވެ. މަބްރޫކް ވިދާޅުވީ، މައިކްރޯ ކްލަސްޓާ ބަލާއިރު އުމުރުން ދުވަސްވީ މީހުން ނުވަތަ އެނދުދާން ވެފައި ތިބި މީހުންނަށް ބޮޑު އިސްކަމެއް ދިނުމަށް ވިސްނަން ޖެހޭނެ ކަމަށެވެ. އެގޮތުން އެފަރާތްތަކަށް އެހީތެރިވާ މައިކްރޯ ކްލަސްޓާ ވަރަށް ކުޑަވާން ޖެހޭނެ ކަމަށް އޭނާ ވިދާޅިުވިއެވެ. "އެ ފަރާތްތަކާ ބައްދަލުވާ މީހުން، ދެތިން މީހުންނަށްވުރެ އިތުރުވެގެން ނުވާނެ،" އޭނާ ފާހަގަކުރެއްވިއެވެ.
ފުރަބަންދަށް ފަހު ދިމާވާނެ މީހުންނަށް އެކަން އެންގުމަށް އެދިއްޖެ
އިންޑިއާގެ ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ، ދުވަހަކަށް ވުރެން ދުވަހެއް ބާރުގަދަ ވަމުންދާތީ އިންޑިއާ އަދި ބަންގްލަދޭޝްގެ އިތުރުން މިޔަންމާއަށް ވެސް ނުރައްކާ ވުމުގެ ބިރު ބޮޑު ކަމަށް މޫސުމާބެހޭ އޮފިޝަލުން ބުނެފި އެވެ. ތޫފާން "އަމްޕުން" ގެ ނަމުން ނަންދީފައިވާ މި ތޫފާނުގެ ބާރު އިތުރަށް ވަރުގަދަވެ، ކައިރި އަވައްޓެރި ގައުމުތަކަށް ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ. އެގޮތުން އިންޑިއާއާއި، ބަންގްލަދޭޝްގެ އާބާދީގެ ބޮޑު އިންސައްތަ އަކީ ނާޒުކު ބަޔަކަށް ވެފައި، މި ތޫފާނުގެ ސަބަބުން ގިނަ ބަޔަކު ހާލުގައި ޖެހިދާނެ ކަމަށް މޫސުމާ ބެހޭ މާހިރުން ދަނީ ބުނަމުންނެވެ. ރާއްޖޭގެ މީޓްރޮލޮޖިކަލް ސާވިސަސް، މެޓް އޮފީހުން މިއަދު ބުނީ، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެއް ނަމަވެސް، ރާއްޖެއަށް ކުރާ ވިއްސާރައިގެ ބާރު ގަދަވެގެން އުޅެނީ މި ދުވަސްވަރު ބޭ އޮފް ބޭންގާލްގައި އުފެދެމުން ދާ ތޫފާނެއްގެ ނުސީދާ އަސަރުކުރަމުން ދާތީ ކަމަށެވެ. މެޓް އޮފީހުން ބުނީ އެ ތޫފާނުގެ ސީދާ އަސަރުތައް ރާއްޖެއަށް ނުކުރާނެ ކަމަށާއި ތޫފާން ދަތުރު ކުރަމުން ދަނީ އިންޑިއާޔާއި ބަންގާޅާ ގުޅޭ ބޯޑަރާ ހިސާބަށް ކަމަށެވެ. "ތޫފާން ބޮޑަށް ފޯލްވާނެ ކަމަށް މިބެލެވެނީ އިންޑިއާ ބަންގާޅު ބޯޑަރަށް. އެހެން ވީމާ ސީދާ އަސަރެއް މީގައި ރާއްޖެއަކަށް ނުކުރާނެ،" މެޓްގެ އޮފިޝަލަކު ވިދާޅުވި އެެވެ. ކުރިއަށް އޮތް 24 ގަނޑިއިރަށް ރާއްޖޭގެ މޫސުން ލަފާކުރެވެނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ގަދަ ވަޔާއެކު ކުރަމުންދާ ބޯ ވިއްސާރައިގެ މި ތޫފާން ދަތުރު ކުރަމުންދާ ސީދާ މަންޒިލެއް އަދި ނޭނގޭ އިރު، މިވަގުތު ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ ސެންޓަރްލަ ބެންގަލް ބޭ އަށެވެ. އެކަމަކު ތޫފާން ދެން އެންމެ އަވަހަށް ދަތުރު ކުރާނެ ކަމަށް ލަފާ ކުރެވެނީ ދެކުނަށް ކަމަށްވާތީ ދެކުނު ބެންގަލް ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ވަގުތީ ހިޔާތަކަށް ގެންދިއުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެހެން ނަމަވެސް، ތޫފާން ދަތުރުކުރާ ރޫޓިން އަދި ދެނެގަނެވިފައި ނުވާތީ އޭގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ކޮން ސަރަހައްދެއް ކަމެއް ނޭނގެ އެވެ. ގަޑިއަކު 90 މޭލުގެ ބާރު މިނެއްގައި ވައިޖެހެމުންދާ މި ތޫފާންގައި ބުދަ ދުވަހުގެ ނިޔަލަށް 120 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ. އަދި ބުރާސްފަތި ދުވަހު އަނެއްކާވެސް ތޫފާންގެ ބާރު މަޑު މަޑުން ދައްވާނެ ކަމަށް ވެސް ވަނީ ލަފާ ކޮށްފަ އެވެ. ތޫފާން އަމްޕުންގެ ސަބަބުން އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން މިހާރު އެގައުމުގެ އޮޑިޝާއާއި އުތުރުން ބެންގަލް ކޯސްޓަށް ވަނީ އޮރެންޖެ އެލާޓް ނެރެފަ އެވެ. އަދި ދެކުނު ބެންގަލް ކޯސްޓަށް މިހާރު ވަނީ ރެޑް އެލާޓް ނެރެފަ އެވެ. މީގެ އިތުރުން ބަންގަލްދޭޝްއާއި އިންޑިއާގެ މަސްވެރިންނާއި، ކަނޑުދަތުރު ކުރާފަރާތްތައް މިދުވަސްވަރު އެ ހިސާބުން ދަތުރު ނުކުރުމަށް ވަނީ އަންގައިފަ އެވެ. ތޫފާނުގެ އަސަރު އެންމެ ބޮޑަށް ބުދަ ދުވަހު ކުރާނެ ކަމަށް ބެލެވޭ އިރު ބަންގްލަދޭޝްއަކީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކޯރުތައް ބަންޑުންވުމާއި، ކިސަޑު ފޭބުމުގައި ރެެކޯޑް އޮންނަ ގައުމެކެވެ. އެހެން ކަމުން ބަންގަލްދެޝްގެ ރައްޔިތުން އެކަން ކަމަށް ސަމާލުވެ ތިބުމަށް ސަރުކާރުން ވަނީ ގޮވާލައިފަ އެވެ. މިދިޔަ އަހަރުގެ މިދުވަސްވަރު ވެސް ވަނީ އިންޑިއާގެ ބެންގަލް ބޭގައި ވަރުގަދަ ތޫފާނެއް އުފެދި ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. އެގޮތުން ތޫފާން "ފަނީ" ގެ ސަބަބުން އެއް މިލިއަން މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. އަދި ތޫފާނުގެ ސީދާ އަސަރު ކުރާނެ ކަމަށް ބެލެވުނު 10،000 ވިލެޖާއި 52 އަވަށުގެ މީހުން ވަނީ 900 ވަގުތީ ހިޔަލަށް ބަދަލުކޮށްފައެވެ. ތޫފާން ފަނީ އަކީ 1999 ވަނަ އަހަރަށް ފަހު އިންޑިއާއަށް އެރި އެންމެ ބާރުގަދަ ތޫފާނެވެ. އެފަހަރު އެރި ތޫފާނުގައި އިންޑިއާއިން ވަނީ 10،000 މީހުން މަރުވެފައެވެ. އިންޑިއާގައި އާއްމުކޮށް ތޫފަން އަރާ ދެ ސީޒަނެއް އޮވެއެވެ. އެއީ އެޕްރީލް މަހުގެ ފަހު ކޮޅުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ. އަދި އޮކްޓޯބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.
ތޫފާން "އަމްޕުން" ގެ ބާރުގަދަވެއްޖެ، ރާއްޖެއަށް ނުސީދާ އަސަރު
ފަސޭހަ ކަމާއި އެކު ފެތުރޭ ނުރައްކާތެރި ކޮވިޑް-19 ރޯގާއާ އެކު އައިސްފައިވާ "ނިއު ނޯމަލް" ގެ ސަބަބުން މެޗުތައް ކުޅުމަށްފަހު ބޯޅަތައް އިންފެކްޓްކުރަން ފަށައިފި އެވެ. ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެކު ޔޫރޮޕް ފުޓުބޯޅަ މެދުކަނޑާލީ މިދިޔަ މާޗު މަހުގެ ކުރީކޮޅު އެވެ. އެއަށްފަހު ގައުމުތަކުގެ ލޮކްޑައުން މަހުން މަހަށް އިތުރުވަމުން ދިއުމާ ގުޅިގެން ބައެއް ގައުމުތަކުގެ ފުޓުބޯޅަ ސީޒަންތައް ވަނީ ކެންސަލް ކޮށްފަ އެވެ. އޭގެ ތެރޭގައި ފްރާންސްގެ ލީގާއި، ބެލްޖިއަމްގެ ލީގު އަދި ޑަޗް ލީގުގެ އިތުރުން އާޖެންޓީނާގެ ލީގު ވެސް ވަނީ ނިންމާލައިފަ އެވެ. ނަމަވެސް ސްޕެއިނާއި، އިޓަލީ އަދި އިނގިރޭސިވިލާތުގެ އިތުރުން ޖަރުމަނުން ފުޓުބޯޅަ ސީޒަން ކުރިއަށް ގެންދާނެ ކަން މީގެ ކުރިން އިއުލާން ކޮށްފައިވާ އިރު އެންމެ ފުރަތަމަ ލީގު ފެށީ ޖަރުމަނުންނެވެ. އެގޮތުން މިއަދު ވަނީ އެގައުމުގެ ބުންޑެސްލީގާގެ ހަ މެޗު ކުޅެފަ އެވެ. އެކަމަކު މެޗު ބަލާލި ކޮންމެ މީހަކަށްވެސް ފާހަގަކުރެވުނު އެތައް ކަމެއް އެބަހުއްޓެވެ. މުޅި ދަނޑު އޮތީ ފަޅަށެވެ. ކުޅުންތެރިން ބެންޗުގައި ވެސް ތިބީ ތިން ފޫޓު ދުރުގަ އެވެ. މެޗު ފެށީ ދެ ޓީމުގެ ދެމެދުގައި ސަލާމްކުރުމެއް ވެސް ނެތި އެވެ. މެޗު ކުޅުމުގެ ހަފުތާއެއް ކުރިން ކުޅުންތެރިންނާއި އޮފިޝަލުން ތިބީ ވަކިން ހޮޓަލެއްގައި ކަރަންޓީން ކޮށްފަ އެވެ. ދުވަހުން ދުވަހަށް ވައިރަހަށް ޓެސްޓް ކުރި އެވެ. އެއަށްފަހު މެޗަށް އައީ ވެސް ހަރުކަށި ފިޔަވަޅުތަކަކަށް ބޯލަނބައިގެން މަދު ކުޅުންތެރިންތަކެއް ކޮންމެ ބަހަކަށް އަރުވައިގެން ވަކި ވަކިންނެވެ. މިވަރަކުން އަދި ނިމުނީއެއް ނޫނެވެ. ދަނޑުތަކުގެ ގަވާއިދުތައް އަދި މާ ހަރުކަށްޓެވެ. މެޗުގައި ބޭނުން ކުރަނީ އެންމެ 30 ބޯޅަ އެވެ. ހުރިހާ ބޯޅަތައް މެޗު ފެށުމުފެ ކުރިން ވަނީ ޑިސްއިންފެކްޓް ކޮށްފަ އެވެ. އަދި މެޗު ނިންމާފަވެސް ދެވަނަ ފަހަރަށް ޑިސްއިންފެކްޓް ކުރެއެވެ. މުޅި ދަނޑަށް ވެސް ވަދެވެނީ 213 މީހުންނަށެވެ. އޭގެ ތެރެއިން 98 މީހުންނަކީ ކުޅުންތެރިންނާއި، ކޯޗުން އަދި އޮފިޝަލުންގެ އިތުރުން ބޯޅަ ބޯއީސްއެވެ. ބާކީ 115 މީހުންނަކީ ސްޓޭންޑުތައް ބަލަހައްޓަން ތިބޭ ސެކިއުރިޓީ އޮފިޝަލުންނެވެ. ދަނޑަށް ކުޅެން ނުކުމެ ތިބި ކުޅުންތެރިން ފިޔަވާ ހަމައެކަނި މާސްކް އަޅަން ނުޖެހެނީ ރެފްރީންނާއި، ކޯޗެވެ. ބާކީ ތިބި އެންމެން ވެސް ތިބެނީ މާސްކް އަޅައިގެންނެވެ. މީގެ އިތުރުން މެޗު ބަލަހައްޓާ ވީޑިއޯ އެސިސްޓެންޓް ރެފްރީންނާއި، ކޮމެންޓޭޓަރުން ވެސް ހަރަކާތްތެރިވާން ޖެހެނީ ދަނޑުން ބޭރުގަ އެވެ. ނިއު ނޯމަލްއާ އެކު ފުޓުބޯޅައަށް މިގެނެސްފައިވާ ބަދަލުތަކާ އެކު ވެސް ކުލަބުތަކުން ލީގުތައް ފެށުމަށް ތައްޔާރުވަމުންދާ އިރު ފުޓުބޯޅަ ކުރިން އޮތް ހާލަތަށް ރުޖޫއަވާން އަދި ދުވަސްތަކެއް ނަގާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެ އެވެ.
ފުޓުބޯޅައިގެ ނިއު ނޯމަލް: މެޗަށްފަހު ބޯޅަތައް ވެސް ޑިސްއިންފެކްޓް ކުރަނީ
ދެމަހުގެ މެދުކެނޑުމަކަށްފަހު އިޓަލީގެ ކުލަބުތަކަށް ރަސްމީކޮށް ފުޓުބޯޅަ ޕްރެކްޓިސް ކުރުމުގެ ހުއްދަ އެގައުމުގެ ބޮޑުވަޒީރު ގުސިޕޭ ކޮންޓޭ ދެއްވައިފި އެވެ. ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެކު ޔޫރޮޕް ފުޓުބޯޅަ މެދުކަނޑާލީ މިދިޔަ މާޗު މަހުގެ ކުރީކޮޅު އެވެ. އެއަށްފަހު ގައުމުތަކުގެ ލޮކްޑައުން މަހުން މަހަށް އިތުރުކުރަމުން ދިއުމާ ގުޅިގެން ބައެއް ގައުމުތަކުގެ ފުޓުބޯޅަ ސީޒަންތައް ވަނީ ކެންސަލް ކޮށްފަ އެވެ. އޭގެ ތެރޭގައި ފްރާންސްގެ ލީގާއި، ބެލްޖިއަމްގެ ލީގު އަދި ޑަޗް ލީގުގެ އިތުރުން އާޖެންޓީނާގެ ލީގު ވެސް ވަނީ ނިންމާލައިފަ އެވެ. އެހެން ނަމަވެސް އިނގިރޭސި ލީގާއި، ސްޕެނިޝް ލީގު އަދި އިޓާލިއަން ލީގުގެ އިތުރުން ޖަރުމަނުގެ ލީގުތައް ނިންމާ ނުލާ ކުރިއަށް ގެންދާނެކަން މީގެ ކުރިން ވެސް އެގައުމުތަކުން އިއުލާންކޮށްފައިވާ އިރު ޖަރުމަނުގެ ބުންޑެސްލީގާގެ ކުޅުން ރޭ ވަނީ ފަށައިފަ އެވެ. އަދި އެހެންމެ އިޓާލިއަން ލީގު ފެށުމަށް ތައްޔާރުވުމުގެ ގޮތުނ ކުލަބުތަކަށް ރަސްމީކޮށް ޕްރެކްޓިސްތައް ފެށުމުފެ ހުއްދަ މިހާރު ވަނީ އެގައުމުން ދީފަ އެވެ. "ޓީމްތަކުގެ ޕްރެކްޓިސްތައް މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދެވޭނެ." އިޓަލީގެ ބޮޑުވަޒީރު ކޮންޓޭ އިއްޔެ ގައުމާ މުޙާތަބު ކުރައްވަމުން ވިދާޅުވެފައިވެއެވެ. ކޮންޓޭ ވިދާޅުވީ، ޓީމްތަކަށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ދިން ނަމަވެސް އެކަން ކުރެވޭނީ ސަރުކާރުން ކަނޑައަޅާ މިންގަނޑެއްގެ ތެރެއިން ކަމަށެވެ. އެގޮތުން ޓީމް ޕްރެކްޓިސްއަށް ނުކުތުމުގެ ކުރިން ހުރިހާ ކުޅުންތެރިން ވައިރަހަށް ޓެސްޓް ކުރަން މަޖުބޫރުވާނެ ކަމަށާއި، ކުޅުންތެރިޔަކު ޕޮޒިޓިވްވެއްޖެ ނަމަ ކަނޑައެޅިފައިވާ މުއްދަތަށް ކަރަންޓީން ވާން ޖެހޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެ އުސޫލުތަކަށް ބަދަލުތައް ގެންނަން ޖެހިދާނެ ކަމަށް ކޮންޓޭ ވަނީ ވިދާޅުވެފަ އެވެ. އަދި ކުލަބުތަކުން އަމަލުކުރާ ގޮތް އެގައުމުގެ ކުޅިވަރާ ބެހޭ ވަޒީރު ސްޕަޑަފޯރާ ވަރަށް ޒިންމާދާރުކަމާ އެކު ބައްލަވާނެ ކަމަސް ކޮންޓޭ ވަނީ ވިދާޅުވެފަ އެވެ. އިޓާލިއަން ލީގުގެ މެޗެއް އެންމެ ފަހުން ކުޅުނީ މާޗ މަހުގެ ނުވަ ވަނަ ދުވަހު އެވެ. އެ މެޗަށްފަހު އެގައުމުގެ ލީގުގެ ކުޅުން މެދުކަނޑާލި އިރު މިހާތަނަށް އެގައުމުގެ ލީގުގައި ވާދަކުރާ މަޝްހޫރު ބައެއް ކުޅުންތެރިންތަކަކަށް ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އިޓަލީ އަކީ ކޮރޯނާ ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ގައުމެވެ. އެގޮތުން އެގައުމުގައި މިހާތަނަށް 225 ހާސް މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު 31،763 މީހުން ވަނީ އެ ބަލީގައި މަރުވެފަ އެވެ.
އިޓަލީގެ ކުލަބުތަކަށް ރަސްމީކޮށް ޕްރެކްޓިސް ފެށުމުގެ ހުއްދަ ދީފަ
ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތުގައި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދިރާސާ ރިޕޯޓެއް ނެރުނު އިރު މިހާތަނަށް އަދި އެއްވެސް މައްސަލައެއް ފާހަގަވެފައި ނުވާކަން ހާމަވެއްޖެ އެވެ. ކޮވިޑް 19 ގެ ހާލަތަށް ބޭނުންވާ ވެންޓިލޭޓަރު ގަތުމަށް ބަޔަކާ ހަވާލުކުރި މައްސަލައިގައި ކޮރަޕްޝަނުގެ އަމަލެއް ހިމެނޭތޯ އޭސީސީ އިން ބަލަމުންދާ މައްސަލައަށް ބޭނުންވާ ހުރިހާ ޑޮކިއުމެންޓެއް ލިބިފައިވާ ކަމަށް އެ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި ވިދާޅުވެފަ އެވެ. ބާރަ ސޮފުހާގެ އެ ރިޕޯޓާ ގުޅޭ ގޮތުން އޭސީސީން ބުނެފައިވަނީ، ކަމާގުޅުންހުރި އިދާރާތަކުން މިހާތަނަށް ހޯދާފައިވާ ލިޔުންތަކާއި މައުލޫމާތު ދިރާސާކުރުމަށްފަހު ފާހަގަކުރެވުނު ކަންތައްތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ޚުލާސާ ރިޕޯޓެއް ކަމަށާއި އެ މައްސަލައަކީ ތަހްގީގް ކުރެވެމުންދާ މައްސަލައަކަށް ވާތީ އިތުރަށް ހޯދަންޖެހޭ މައުލޫމާތުތަކާއި ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. ކޮވިޑް-19 އާ ގުޅިގެން 149 ވެންޓިލޭޓަރު ގަތުމަށް ތިން ކުންފުންޏަކާ އެކު ހަތަރު އެއްބަސްވުމެއް ހަދާފައިވާ ކަމަށް އޭސީގެ ރިޕޯޓްގައި ވަނީ ބުނެފަ އެވެ. އެ ވެންޓިލޭޓަރުތަކުގެ ތެރެއިން މިހާތަނަށް ރާއްޖެ ގެނެސްފައިވަނީ 22 ވެންޓިލޭޓަރު ކަމަށް ވެސް ވަނީ ބުނެފަ އެވެ. ވެންޓިލޭޓަރު ގަތުމަށް ހަވާލު ކުރި ތިން ކުންފުނި: ނާޑު ޕްރައިވެޓް ލިމިޓެޑް (24 ވެންޓިލޭޓަރު) މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (50 ވެންޓިލޭޓަރު) އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ، ޑުބާއީ (75 ވެންޓިލޭޓަރު) ވެންޓިލޭޓަރު ގެންނަން ހަވާލު ކުރި ކުންފުނިތަކުގެ ތެރެއިން ފައިސާ ހަވާލު ކޮށްފައިވަނީ ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ އެކަންޏެވެ. އެއީ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދިން ޖުމްލަ އަދަދުގެ 75 ޕަސެންޓާއި ފަހުން ދިން 15 ޕަސެންޓެވެ. އެގޮތުން އެ ކުންފުންޏަށް ޖުމްލަ 31.05 މިލިއަން ރުފިޔާ ވަނީ މިހާރު ދައްކާފަ އެވެ. ވެންޓިލޭޓަރު ގެނައުމުން ކުންފުނިތަކާ ހަވާލު ކޮށްފައިވާ ގޮތް ހެލްތު މިނިސްޓްރީން ވަނީ އޭސީސީއަށް ކިޔައިދީފަ އެވެ. އެގޮތުން ކުންފުނިތައް އިޚްތިޔާރު ކޮށްފައިވަނީ އެއްފަރާތާ ހަވާލުކުރުމުން ނުލިބި ލަސްވެދާނެކަމަށް ފެންނާތީ އެ މިނިސްޓްރީއަށް އިތުބާރުހިފޭ ކުންފުނިތަކަކަށް ބަހާލައިގެން ވެންޓިލޭޓަރު ގެނައުން ރަނގަޅުވާނޭކަމަށް މިނިސްޓްރީގެ ޓެކްނިކަލް ބޭފުޅުން ލަފާދީފައިވާތީ ކަމަށެވެ. ވެންޓިލޭޓަރު ގެނައުމަށް ކުންފުނިތަކާ ހަވާލު ކުރުމުގައި، އެންމެ އަވަހަށް ވެންޓިލޭޓަރު ރާއްޖެ ގެނެވޭނެ ކުންފުނިތަކަށް ވަނީ އިސްކަންދީފަ އެވެ. އަދި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ވެސް ތާރީޚްތަކެއް ކަނޑައަޅާފަ އެވެ. ނަމަވެސް އެއްވެސް ކުންފުންޏަކުން އެއްބަސްވެފައިވާ ތާރީޚަށް ވެންޓިލޭޓަރުތައް ގެނެސްފައެއްނުވެއެވެ. ކޮވިޑް-19 އާ ގުޅިގެން ހޯދަންޖެހޭ މެޝިނަރީޒްއާ އިކުއިޕްމެންޓުގެ އަގު 2.5 މިލިއަން ރުފިޔާއަށްވުރެ ބޮޑުވާތީ، އެ ތަކެތި ހޯދޭނީ ޓެންޑަރ ބޯޑަށް ހުށަހަޅައިގެން ކަމަށްވާތީ، 2.5 މިލިއަން ރުފިޔާއަށްވުރެ އަގު ބޮޑުވާ މަސައްކަތްތަކާ ގުޅޭގޮތުން ހޯދަންޖެހޭ ޑޮކިއުމެންޓްތައް ޓެންޑަރ ބޯޑަށް ހުށަހަޅަން ނުޖެހޭގޮތަށް މިނިސްޓްރީ އޮފް ހެލްތްގެ ޓެންޑަރ ކޮމިޓީން ނިންމައިގެން ކުރިއަށް ގެންދިއުމުގެ ޚާއްސަ ހުއްދައަކަށް އެ މިނިސްޓްރީން އެދުމުން، އެކަމަށް ޚާއްސަ ބަޖެޓެއް ހަމަޖައްސައި އެ ބަޖެޓްގެ ތެރެއިން ސީދާ އެ ޚަރަދު ކުރާގޮތަށް ހެލްތްގެ ބިޑް ކޮމިޓީ މެދުވެރިކޮށް އެފަދަ މަސައްކަތާއި ތަކެތި ހޯދުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ޚާއްސަ ހުއްދައެއް ދީފައިވާ ކަން އޭސީސިން ވަނީ ފާހަގަކޮށްފަ އެވެ. އެސީސީގެ ރިޕޯޓާއި ގުޅިގެން ކުރީގެ ޕްރޮސިކިއުޓާރ ޖެނަރަލް މުހްތާޒް މުހްސިން ވިދާޅުވީ، ދިރާސާ ރިޕޯޓް ނެރުމުގެ ބަދަލުގައި ޖިނާއީ ތަހްގީގެއް ހިންގުން މުހިންމު ކަމަށާއި ދިރާސާ ރިޕޯޓްތަކުގެ ނަތީޖާ އަކީ އަސާސެއް ނެތް ތުހުމަތުތަކެއް ކުރެވުމާއި ފަސާދަ އާންމުވުން ކަމަށެވެ. އެ ރިޕޯޓް ނިންމާލަމުން އޭސީސީން ބުނެފައިވަނީ، ކަނޑައަޅާފައި ހުންނަ އުސޫލުތަކުގެ ބޭރުން، ވަކި ޚާއްސަ ހުއްދަ ދެވޭ ދެވުމަކީ، ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމުގެ މައިގަނޑު މަޤްސަދުތައް ހާސިލުކުރުމަށް ހުރަސްއެޅޭ އަދި ކޮރަޕްޝަނުގެ ހިރާސް އިތުރުވާނެ ކަމެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމަށް އާންމުން ކުރާ އިތުބާރު ކުޑަވެ، ޝައްކު ކުރުމުގެ ޖާގަ އުފެދުމުގެ އިހުތިމާލު ވެސް ބޮޑުވެގެންދާނެ ކަމަށެވެ.
އޭސީސީން ވެންޓިލޭޓަރު މައްސަލައިގައި ވެސް ދިރާސާ ރިޕޯޓެއް، ނަތީޖާ އެއް ނެތް!
ވެރި ރަށް މާލޭގައި ކޮވިޑް-19 ހަލުވިކަމާއި އެކު ފެތުރެމުންދާއިރު، ކޮމިއުނިޓީ ސްޕްރެޑަކަށް ދިޔަ ގޮތުގެ ޖިނާއީ ތަހުގީގެއް ހިންގުމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރ. މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ސަރުކާރަށް ގޮވާލައިފި އެވެ. ވެބް މެދުވެރިކޮށް މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ގައުމުގެ ހާލަތު މިހާރު އޮތް ގޮތް ކޮންމެ މީހަކަށް ވެސް އެނގޭނެ ކަމަށާއި ކޮވިޑް-19ގެ ކޮމިއުނުޓީ ސްޕްރެޑެއް ފެށިފައިވާއިރު ހުރިހާ ފަރާތްތަކުން ހާސްކަން ބޮޑުވެފައިވާ ކަމަށެވެ. "ކޮމިއުނިޓީ ސްޕްރެޑަށް މި ދިޔަގޮތް އެއީ އަޅުގަނޑު ދެކޭ ގޮތުގައި އެންމެން ވެސް ކަންބޮޑުވި ކަމެއް. އެހެންވީމަ މިއަދު އަޅުގަނޑު ގޮވާލަން ސަރުކާރަށް ކޮމިއުނިޓީ ސްޕްރެޑަށް ދިޔަ ގޮތުގެ ޖިނާއީ ތަހުގީގެއް ކުރައްވައި އެކަން ވެގެން ދިޔަ ގޮތެއް ރައްޔިތުންނަށް ހާމަ ކޮށްދެއްވުމަށް" އާދަމް ޝަރީފް ވިދާޅުވި އެވެ. ކޮވިޑް-19 މާލޭގައި ފެތުރެން ފެށިފަހުން އަދި މިވީ ދެހަފްތާ ކަން ފާހަގަކޮށް އާދަމް ޝަރީފް ވިދާޅުވީ ގިނަ ބަޔެކު ވެރި މި ރަށުގައި ހާލުގައި ޖެހިފައި އެބަ ތިބި ކަމަށެވެ. މި ހާލަތުގައި ވެސް ރައްޔިތުން ބަޑަށް ޖެހިގެން ނުވާނެކަން ފާހަގަކޮށް މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ވަސީލަތްތަކާއި ހިދުމަތްތައް މެދު ނުކެނޑި ލިބެންޖެހޭނެ ކަމަށެވެ. އެކަމަށް ބޭނުންވާ ސާމާނާއި ފައިސާ ވެސް ދައުލަތުން ހޯދަން ޖެހޭނެ ކަން އާދަމް ޝަރީފް ވިދާޅުވި އެވެ. އެކަން ހާސިލްކުރުމަށް ސަރުކާރުން ހިޔާރުކުރީ އެންމެ ކަން ފަސޭހަ ގޮތްކަން އާދަމް ޝަރީފް ފާހަގަކުރެއްވި އެވެ. އެގޮތުން މަނިޓަރީ ބޭންކުން ފައިސާ ނަގައިފި ނަމަ ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ވެސް ބޮޑުވެގެން ދާނެ ކަމުގެ އިންޒާރު އާދަމް ޝަރީފް ދެއްވި އެވެ. ރާއްޖޭގެ އިގްތިސޯދު މިހާރަށް ވުރެން ގޯސްވެ ހުރިހާ ގެއްލުމެއް ވެސް ލިބިގެން ދާނީ ރައްޔިތުންނަށް ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ. "ރައްޔިތުންނަށް ބޭނުންވާ ފައިސާ ހޯދަން ޖެހޭނެ އެކަމަށް އަޅުގަނޑު ވެސް ތާއިދު ކުރަން. އެހެން ނަމަވެސް ހަމަ އަތް އުރާލާފައި ތިބެގެން މިކަން ކުރުމަކީ ހަމަޖެހޭ ގޮތެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން" އާދަމް ޝަރީފް ވިދާޅުވި އެވެ. ރާއްޖެއަށް ބޭނުންވާ ފައިސާ ހޯދަން ޖެހޭ އިރު އަވައްޓެރި އިންޑިއާ، ޕާކިސްތާނު އަދި އެމެރިކާ، އިނގިރޭސިވިލާތް ސައުދިއަރަބިއްޔާ، ޗައިނާ ގެ އެހީތެރިކަމަށް އެދެފި ނަމަ އެ ގައުމުތަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަން އާދަމް ޝަރީފް ވިދާޅުވި އެވެ. "ސަރުކާރު މިހާރު މި އޮތީ ނޭވާ ހޮޅިއަށް އެޅިފައި. މި ހާލަތުގައި އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުން ސަރުކާރު މިހާތަނަށް ފެއިލްވެގެން މިދިޔައީ ގަސްތުގައި ބަޔަކު މިކަން ކޮށްގެން ކަމަށް ގަބޫލު ކުރެވެނީ. މި ހާލަތުން އަރައިގަތުމަށްޓަކައި އަޅުގަނޑު ދަންނަަވާނީ ދެން އަޅުގަނޑުމެންގެ މި ގައުމަށް އޮތީ ހަމަ އެންމެ އަވަހަށް ވެސް ރަނގަޅު ގޮތެއް އޮތީ އަވަސް އިންތިހާބަކަށް ދިއުމޭ،" އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް ވިދާޅުވި އެވެ. އޭނާ އަދި ވަނީ މި ސަރުކާރަށް ކަންކަން މެނޭޖް ނުކުރެއްވޭ ކަަމަށާއި ވީހާ އަވަހަށް އަވަސް އިންތިހާބެއް ބާއްވާ އާ ސަރުކާރެއް ގެނައުމަށް ވެސް ގޮވާލައްވައިފަ އެވެ.
ކޮމިއުނިޓީ ސްޕެރެޑަށް ދިޔަ ގޮތުގެ ޖިނާއީ ތަހުގީގެއް ކުރަން ޖެހޭ: އާދަމް ޝަރީފް
ލަންޑަން (26 އެޕްރީލް 2020) : ކޮރޯނާވައިރަސް "ކޮވިޑް-19"ގެ ހަގިގީ މައުލޫމާތު ޗައިނާއިން އޮޅުވާލި ކަމަށް ބުނެ އެކަން ތަހްގީގްކުރުމަށް އެމެރިކާ ގޮވާލާ ގޮވާލުންތަކަށް އެއްބާރުލުން ނުދޭނެ ކަމަށް ޗައިނާ ބުނެފި އެވެ. އެމެރިކާއަށް އެއްބާރުލުން ނުދޭނެކަން ހާމަކުރައްވަމުން އިނގިރޭސިވިލާތުގައި ހުންނަވާ ޗައިނާގެ ސަފީރު ލިޔު ޗިއާއޮ ވިދާޅުވީ އެމެރިކާގެ މަގްސަދަކީ އެމެރިކާގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރު ނުކުޅެދުމުން އެކަމުގެ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލުންކަމުގަ އެވެ. އެހެންކަމުން އެމެރިކާގެ މަގްސަދަކީ ސިޔާސީ ކުޅިގަނޑެއް ކުޅުން ކަމަށާ އެކަމަށް ޗައިނާ އެއްބާރުލުން ނުދޭނެކަމުގަ އެވެ. ޗައިނާގެ ސަފީރުގެ އިތުރުން އިނގިރޭސިވިލާތުގައި ހުންނަ ޗައިނާ އެންބަސީގެ އިސް ޑިޕްލޮމެޓެއް ކަމަށްވާ ޗެން ވެން ވެސް ވަނީ މިމޭރުމުން ވާހަކަ ދައްކަވާފަ އެވެ. ބީބީސީއަށް ދެއްވި ބަސްދީގަތުމެއްގައި ޗެން ވިދާޅުވީ ކޮވިޑް-19 މައުލޫމާތު ޗައިނާއިން އޮޅުވާލި ކަމަށް ބުނެ އެކަން ތަހްގީގްކުރުމަށް އެމެރިކާ ކުރަނީ ސިޔާސީ ޑިމާންޑެއް ކަމަށާ އެމެރިކާގެ މަގްސަދަކީ ކޮވިޑް-19 އާ ދެކޮޅަށް ޗައިނާ ހޯދި ކާމިޔާބަކީ އަގެއްނެތް އެއްޗަކަށް ހަދައި ޗައިނާގެ ނަންހުތުރު ކުރުން ކަމުގައެވެ. ކޮވިޑް-19ގެ ކުރިމަތީގައި އެމެރިކާގެ ސިއްހަތާބެހޭ ނިޒާމު ނުކުޅެދި އެ ރޯގާއިން އެމެރިކާގެ ރައްޔިތުން ސަލާމަތްކުރުމުގައި އެމެރިކާ ނާކާމިޔާބުވެފައިވާ މަންޒަރު ދުނިޔެއަށް ފެނުމުން ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލަން ޓްރަމްޕްގެ ސަރުކާރުން މަސައްކަތް ކުރާކަމަށްވެސް ޗެން ވެން ތުހުމަތު ކުރެއްވިއެވެ. އެމެރިކާ ޗައިނާގެ ކިބައިން ޑިމާންޑްކުރާ ކަންތައްތަކުގެ ތެރޭގައި ކޮވިޑް-19 ގެ ހަގިގީ މައުލޫމާތު ޗައިނާއިން އޮޅުވާލި ކަމަށް ބުނާ މައްސަލަ ތަހްގީގްކުރުމުގެ އިތުރުން އެ ވައިރަސްގެ ފެށުމަކީ ކޮބައިތޯ ބެލުމަށް ތަހްގީގެއް ހެދުމުގައި ޗައިނާގެ އެއްބާރުލުން ހޯދުންވެސް ހިމެނެއެވެ. އެމެރިކާއިންވަނީ ކޮވިޑް-19 އަކީ ވުހާން ސިޓީގެ ބައިލޮޖިކަލް ލެބޯޓްރީއަކުން ޗައިނާ ލީކުކޮށްލައިގެން އުޅޭ ވައިރަސް އެއްކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް މިތުހުމަތަށް ދައްކާނެ ހެއްކެތް އެމެރިކާއަށް ލިބިފައެއް ނުވެއެވެ. އެމެރިކާ މިގޮތަށް ވާހަކަ ދެއްކުމުން ޗައިނާވެސްވަނީ ކޮވިޑް-19 ވައިރަސްއަކީ ވުހާން ސިޓީއަށް ތަމްރީނަކަށް އައި އެމެރިކާ ސިފައިންގެ ބަޔަކު ގެނައި ވައިރަސް އެއްކަމާއި އެއީ ޗައިނާއަށް ބައިލޮޖިކަލް ހަމަލާއެއް ދިނުމަށް އެމެރިކާ ކުރި ކަމަކުން ވުހާން ސިޓީގައި ފެތުރުނު ވައިރަސް އެއްކަމަށް ތުހުމަތުކޮށް އެމެރިކާއަށް ރައްދު ދީފައެވެ. ކޮވިޑް-19 ގެ ހަގިގީ މައުލޫމާތު ޗައިނާއިން އޮޅުވާލި ކަމަށް ބުނެ އެމެރިކާ ކުރާ ތުހުމަތު ތަކަށް ރައްދު ދެމުން ޗައިނާގެ މިޑިއާއިން ބުނެފައިވަނީ ކޮވިޑް-19 ގެ މައުލޫމާތު އެނގުމުން އެއީ މާބޮޑު ރޯގާއަކަށް ނުހަދައި އެކަމާމެދު ފަރުވާކުޑަކުރައްވައި ޓްރަމްޕް ދެއްކެވި ވާހަކަތަކަށް އިޝާރާތް ކޮށްފައެވެ. އަދި ޗައިނާއިން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރި ބުރަ މަސައްކަތަށް ތައުރީފް ކުރައްވައި ފެބްރުއަރީމަހު ޓްރަމްޕް ދެއްވި ބަޔާންތައްވެސް ޗައިނާގެ ބައެއް ނޫސްތަކުންވަނީ ގެނަސްދީފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯވަނީ ކޮވިޑް-19 ގެ މައުލޫމާތު ޗައިނާއިން އޮޅުވާލި ކަމަށް ތުހުމަތު ކުރައްވައި އެކަމުގައި ޗައިނާ ޒިންމާ ކުރުވާނެކަމުގެ އިންޒާރު އެތަށްފަހަރަކު ދެއްވާފައެވެ. ނަމަވެސް ވެނެޒުއެލާފަދަ ކުދި ގައުމުތަކާއި ތާލިބާނުންފަދަ ޖަމާއަތްތައްވެސް ޒިންމާ ކުރުމަށް ނުކުޅެދިފައިވާ އެމެރިކާއަށް ޗައިނާ ޒިންމާ ކުރުވާނި ހިކިނެތްތޯ މުހައްލިލުން ވަނީ ސުވާލު އުފައްދާފައެވެ. މިމައްސަލާގައި ޗައިނާ ޒިންމާ ކުރުވާނެކަމަށް ވިދާޅުވެ ޓްރަމްޕާއި ޕޮމްޕެއޯ ދައްކަވަނީ އެމެރިކާ ރައްޔިތުންގެ ރުޅިމަތަ ކުރުމުގެ ސިޔާސީ ވާހަކަތަކެއްކަމަށްވެސް މިކަމާބެހޭގޮތުން ވާހަކަ ދެއްކެވި ބައިނަލްއަގްވާމީ މުހައްލިލުން ވިދާޅުވެފައިވެއެވެ. އެމެރިކާގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރު ނުކުޅެދިފައިވާއިރު އެމެރިކާގެ 16 ހާހަށްވުރެ ގިނަ މީހުން ފާއިތުވި 24 ގަޑީއިރު ތެރޭގައިވެސް އެރޯގާ އަށް ޕޮޒިޓިވްވެ އެއްހާސް ތިންސަތޭކައަށްވުރެ ގިނަ މީހުން އެ މުއްދަތުގައި އެމެރިކާގައި މަރުވެފައިވެއެވެ. އިއްޔެއަކީ އެމެރިކާގައި ކޮވިޑް-19 ޖެހިގެން މިހާތަނަށް އެންމެ މަދުން މީހުން މަރުވި ދުވަހެވެ. އެމެރިކާގައި މިހާތަނަށް މިލިޔަނެއްހާ މީހުން (9 ލައްކައަށްވުރެ ގިނަމީހުން) ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު 54 ހާހަށްވުރެ ގިނަ މީހުން އެރޯގާގައި މަރުވެފައިވެއެވެ. އަދި ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތަކާއި ކާރުޚާނާތަކާއި ކުންފުނިތަކުގެ މަސައްކަތް ހުއްޓި އެމެރިކާގެ 27 މިލިޔަން މީހުންގެ ވަޒީފާގެއްލި އެތަށް ހާސް ކުންފުންޏެއް ބަނގުރޫޓްވުމާ ގާތަށް ގޮސްފައިވާއިރު އެމެރިކާގެ އިގްތިސާދުވެސްވަނީ އިނދަޖެހޭފަދަ ހާލަތަކަށް ގޮސްފައެވެ. (ނޫސްއެޖެންސީތައް)
ކޮވިޑް-19ގެ ތަހްގީގު ކުރަން އެމެރިކާއަށް އެއްބާރުލުން ނުދޭން ޗައިނާ އިން ނިންމައިފި
ވޮޝިންޓަން (މެއި 17): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެގައުމުގެ ސްޓޭޓް ޑިޕާޓްމެންޓުގެ އިންސްޕެކްޓާ ޖެެނެރަލް ސްޓީވް ލިނިކް މަގާމުން ދުރުކުރައްވައިފި އެވެ. އެމެރިކާގެ ނޫސްތަކުގައިވާ ގޮތުން ހުކުރު ދުވަހު ރައީސް ޓްރަމްޕް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެއަށް ފޮނުއްވި ސިޓީއެއްގައި ވަނީ ލިނިކް މަގާމުން ދުރު ކުރައްވަނީ އޭނާއަށް އިތުބާރު ނުކުރެވޭތީ ކަމަށް ވިދާޅުވެފަ އެވެ. "އިންސްޕެކްޓާ ޖެނެރަލްގެ މަގާމުގައި ތިއްބަވާ ބޭފުޅުންނަށް އަޅުގަނޑަށް ފުރިހަމައަށް އިތުބާރު ކުރެވެން ޖެހޭނެ. ނަމަވެސް މި އިންސްޕެކްޓާ ޖެެނެރަލަށް އެފަދަ އިތުބާރެއް ނެތް،" ރައީސް ޓްރަމްޕްގެ ސިޓީގައިވެ އެވެ. ޓްރަމްޕް އެފަދައިން ވިދާޅުވި ފަހުން ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގެ ފޮރިން އެފެއާޒް ކޮމިޓީން ވަނީ ލިނިކް މަގާމުން ދުރު ކުރި އިރު އޭނާ ވަނީ ސެކްޓެރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯގެ ތަހުގީގެއް ފައްޓަވާފައި ކަމަށް ބުނެފަ އެވެ. އަދި ބައެއް އޮފިޝަލުންނާ ހަވާލާދީ އެމެރިކާގެ ނޫސްތަކުން ވަނީ އެއީ ޕޮމްޕިއޯ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރައްވާ، މުވައްޒަފުން ލައްވާ އޭނާގެ އަމިއްލަ ކަންތައްތައް ކުރުވާތީ ކަމަށް ތުހުމަތުކޮށްފަ އެވެ. ލިނިކް އަކީ ސްޓޭޓް ޑިޕާޓްމެންޓުގެ ހަރަދުތަކާއި ހިންގުން ބެލެހެއްޓުމަށް ކުރީގެ ރައީސް ބަރަކް އޮބާމާ އައްޔަން ކުރެއްވި ބޭފުޅެކެވެ. ރައީސް ޓްރަމްޕް ވަނީ އެމެރިކާ ސަރުކާރު ޒިންމާދާރު ކުރުވަން އައްޔަންކޮށްފައިވާ މިނިވަން ފަރާތްތައް މީގެ ކުރިންވެސް މަގާމުން ދުރު ކުރައްވާފަ އެވެ. އެގޮތުން މިދިޔަ މަހު އެ ސަރުކާރުން ވަނީ އިންޓެލިޖެންސް ކޮމިއުނިޓީގެ އިންސްޕެކްޓާ ޖެނެރަލް މައިކަލް އަޓްކިންސަން މަގާމުން ދުރުކޮށްފަ އެވެ. އޭނާއަކީ ރައީސް ޓްރަމްޕްގެ އިމްޕީޗްމެންޓަށް މަގުފަހި ކުރި ވިސުލްބްލޯވާއާ ބެހޭ ގޮތުން ކޮންގްރެސްއަށް ފުރަތަމަ އެންގި ފަރާތެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުގެ އިންސްޕެކްޓާ ޖެނެރަލް މަގާމުން ދުރުކޮށްފި
ގޭގައި ހުރި އަށިމަތީގައި އޮށޯވެލައިގެން އޮތް ނަމަވެސް އަހަރެންގެ ހަށިގަނޑަކަށް އެއްވެސް ކަހަލަ އަރާމެއް އިޙްސާސެއް ނުވެއެވެ. ގާތުގައި އޮތް ދަރިފުޅުގެ ބޮލުގައި ފިރުމާލަމުން އަހަރެން ކަރުނަތައް ހުއްޓުވޭތޯ މަސައްކަތް ކުރީމެވެ. ތުންފަތުގައި ދަތް އަޅައިލަމުން ދެލޯ މަރައިލީ، ކަރުނަތައް ފައިބައިގެން ދިޔުމަށް ފުރުސަތު ނުދޭން ވެގެންނެވެ. އެހެންނަމަވެސް، ކަރުނަތައް އެސްފިޔަތަކާ ޖަދަލުކުރުމަށްފަހު ތިރިއަށް ރޮނގު ދެމިގެން ގޮސްފިއެވެ. ތުންފަތް ފޫދުއްވާލާފައި ނުކުތް ވޭނީ ގިސްލުމުގެ އަޑާއެކު އަހަރެންގެ ފަސް އަހަރަށް ދާ ދަރިފުޅު ޔަޝްފީ ހޭލިއެވެ. "މަންމާ." އަހަންނަށް ގޮވާލަމުން ޔަޝްފީ އަހަރެންގެ ދެލޮލުން އައި ކަރުނަތައް ފުހެދިނެވެ. "ނުރޮއި މަންމާ... އިންޝާ ﷲ... ބައްޕަ ވާނީ މި އަނިޔާވެރި ދުނިޔެ ދޫކޮށް ސުވަރުގޭގައި" އެ ދަރިފުޅުގެ ވާހަކައިން އަހަރެން ހިންހަމަ ޖައްސައިލަން މަސައްކަތް ކުރީމެވެ. ކެތްތެރިވާން މަސައްކަތް ކުރީމެވެ. އެހެންނަމަވެސް ކެތް ކުރާނީ ވެސް ކިހިނެއް ހެއްޔެވެ؟ ކޮންމެ ދުވަހަކު ލޮލުގެ ކުރިމަތީގައި ފެންނަ މަންޒަރުތަކުން ހިތް ފަޅައިގެން ދާހާވެއެވެ. ބިންމަތީގައި ދެމެނީ ލޭގެ ކޯރެވެ. މަގުތައް މަތީގައި ހަތިޔާރާއެކު އިސްރާއީލް ސިފައިން ރަސްކަން ކުރަމުންދަނީއެވެ. ރެއާ ދުވާލު އަޑު އިވެނީ ބޮމާއި ހަމަލާގެ އަޑުފަށްގަނޑެވެ. ބަޑި ޖަހާ އަޑާއި ސަލާމަތަށް އެދި ހަޅޭއްލަވާ އަޑެވެ. މޭތެރޭގައި އޮތް ހިތް އޮންނަނީ އަބަދު ސިހި ސިހިއެވެ. ގޭތެރޭގައި ވެސް ހިމާޔަތެއް ނެތެވެ. އެ ނުލަފާ އަނިޔާވެރިން ގެއަށް ވެސް ވަންނަނީއެވެ. އާއިލާގެ ކުރިމަތީގައި އަންހެން ކުދިންގެ އިއްފަތް ފޭރި ގަންނަނީއެވެ. އަހަރެމެންގެ އަޑު އަހާނެ ކަންފަތެއް އެ މަންޒަރު ދެކޭނެ ލޮލެއް ނުވެއެވެ. މުޅި ދުނިޔެވެސް އޮތީ ފުންނިންޖަކުން ނިދާފައެވެ. އިންސާނީ ޙައްގޭ ކިޔާފައި އަޑުގެ ކޮޅަށް ހަޅޭއްލަވާ ދުނިޔޭގެ ބޮޑެތި ޤައުމުތަކަށް އަހަރެމެން އުޅެމުންދާ ޙާލެއް ނުފެނެއެވެ. އަހަރެމެންގެ އަޑެއް ވެސް ނީވެއެވެ. އެ މީހުންގެ އަނިޔާވެރިކަމެއް ވެސް ނުފެނެއެވެ. އަހަންނަކީ ފަލަސްތީނުގެ ޣައްޒާއަށް އުފަން އަންހެން ކުއްޖަކީމެވެ. ޢުމުރުން މިވީ 28 އަހަރު އަހަރެން ހޭދަކުރީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އަހަރެންގެ ޢުމުރުން އެންމެ އަށް އަހަރުގައި އެމީހުން އަހަރެންގެ ބައްޕަ މަރައިލީ އަހަރެންގެ ކުރިމަތީގައެވެ. އަނިޔާވެރި ގޮތަކަށެވެ. އެ ގޮތަށް ކަންތައް ނުކުރުމަށް އެދި އާދޭސްކުރީމެވެ. އެމީހުންގެ ދެފައި ބުޑަށް ވެއްޓި ރުއީމެވެ. އެކަމަކު އެ މީހުންގެ ހަރު ހިތްތަކަށް އެއްވެސް އަސަރެއް ނުކުރިއެވެ. އަހަންނާ އަހަރެންގެ މަންމަގެ ކުރިމަތީގައި އެ ބައްޕަގެ ގަޔަށް އެމީހުންގެ ވަޒަނުގެ ހަމަލާތައް އަމާޒުކޮށްލިއެވެ. ބައްޕަގެ އަނގައިން އައި ލޭތައް ފެނި އެ ދިމާލަށް ދުއްވައި ގަންނަން އުޅުނު ނަމަވެސް، އެ އަނިޔާވެރިން އެ ފުރުސަތު ވެސް އަހަރެމެން ދެމައިންނަކަށް ނުދިނެވެ. އަހަރެމެންގެ ކުރިމަތީގައި އެ ހަށިގަނޑަށް އެތަކެއް އަނިޔާތަކެއް އެމީހުން ދިނެވެ. ބައްޕަގެ ފުރާނަ ހަށިގަނޑާ ވަކިވުމުން ވެސް އެމީހުންގެ ހިތް ފުރުނުކަމަށް ނުވިއެވެ. ބައްޕައާ އެންމެ ފަހު ސަލާމް ކޮށްލުމުގެ ފުރުސަތު ވެސް އެމީހުން އަހަރެމެންނަކަށް ނުދިނެވެ. އެވަރުން ފުދުނީއެއް ނޫނެވެ. އަހަރެންގެ ކުރިމަތީގައި މަންމަގެ ޢިއްފަތްތެރިކަން އެމީހުން ފޭރިގަތެވެ. ރޮއިރޮއި އޮތް މަންމަގެ ގާތަށް ދާން އުޅުނު ނަމަވެސް، އަހަރެންގެ ގައިގައި ހިފައްޓައިގެން ހުރި ފިރިހެން މީހާ އެ ފުރުސަތެއް އަހަންނަކަށް ނުދިނެވެ. އެތައް އަނިޔާއެއް ދިނުމަށް ފަހު އެމީހުން އަހަރެމެން ގެއިން ނުކުމެގެން ދިޔައީ ހިތުން ނުފިލާނެ ވަރުގެ ޒަޚަމުތަކެއް ދީފައެވެ. އުރުމުން 19 އަހަރުގައި އަހަރެން ޔާސިރުއާ ކައިވެނި ކުރީމެވެ. ޔާސިރަކީ އަހަރެން އުޅޭ އަވަށުގައި އުޅޭ ޒުވާނެކެވެ. އޭނާއަކީ އެހީ ފޯރުކޮށްދޭ ޖަމާއަތަކާ ގުޅިގެން ނިކަމެތިންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދެމުން ދިޔަ ޒުވާނެކެވެ. ޔާސިރު ކުޑައިރު ދިން ބޮމުގެ ހަމަލާއެއްގައި އޭނާގެ މައިންބަފައިންނާއި އެއްބަނޑު އެއްބަފާ ކޮއްކޮ ވަނީ މި ދުނިޔެ ދޫކޮށްފައެވެ. އަހަރެމެންގެ ކައިވެންޏަށް އަހަރެއްހާ ދުވަސް ފާއިތުވެދިޔަ ފަހުން، އަހަރެން އަލަތު ދަރިފުޅަށް ބަނޑުބޮޑުވިއެވެ. އެއާއެކު އަހަންނަށް ލިބެމުން ދިޔަ ޔާސިރުގެ އަޅާލުން އިތުރުވިއެވެ. ހަމަލާތައް ތަންކޮޅެއް މަޑުޖެހިފައި އޮތް ދުވަސް ކޮޅަކަށް ވީތީ މަދުމަދުން އަހަރެން ގެއިން ބޭރަށް ނުކުމެލަމެވެ. އަހަރެންގެ ބަނޑަށް ހަ މަސް ފުރުނުއިރު އަނެއްކާވެސް އެ މީހުންގެ ހަމަލާތައް ފެށުނެވެ. އެ ފަހަރު އަހަންނާ ވަކިވީ އަހަރެންގެ މަންމައެވެ. މަންމަ ވެސް މަރުވީ އެމީހުންގެ ބޮމުގެ ހަމަލާއެއްގައެވެ. ރޮއި ރޮއި އަހަރެންގެ ހާލު ވަރަށް ދެރަވިއެވެ. ހިތްވަރު ލިބުނީ އަހަރެންގެ ފިރިމީހާ ޔާސިރުގެ ފަރާތުން އިވޭ ބަސްތަކުންނެވެ. އެ އޯގާތެރި އަތުގެ ފިރުމުންތަކުން އަހަރެންގެ ހިތުގައި ގަނޑު ފެން އަޅާލަ ދިންފަދައެވެ. އަހަރެން އެންމެ ކަންބޮޑުވީ އަހަރެމެންގެ ދަރިފުޅާ މެދުގައެވެ. އަހަންނަށް ދިމާވި ފަދަ ހިތްދަތި ކަމެއް އެ ދަރިފުޅަށް ދިމާނުވުން އެދި އެތަކެއް ފަހަރު ﷲ އަށް ދުޢާ ދެންނެވުނެވެ. އަހަރެން ތަޙައްމަލު ކުރި ފަދަ ވޭނެއް އެ ދަރިފުޅު ތަޙައްމަލް ކުރާކަށް އަހަރެން ނޭދެމެވެ. އެ ދަރިފުޅާ މެދު ފޮނި އުންމީދުތަކެއް އަހަރެމެން ދެމަފިރިން ވެސް ކުރީމެވެ. ދަރިފުޅުގެ އަތުގައި ހިފާލައިގެން އަމާން މާހައުލެއްގައި ހިނގާލަށް ދެވޭނެ ދުވަހަކަށް އިންތިޒާރު ކުރީމެވެ. ދުވަސްތައް ފާއިތުވަމުން ގޮސް އަހަރެންގެ ބަނޑަށް ނުވަ މަސް ފުރިއްޖެއެވެ. ނުވަ މަހު އަހަރެން އުފުލި ތަކުލީފު ތަކުގެ ބަދަލުގައި ﷲ އަހަންނަށްްް ލޯބިލޯބި އަންހެން ކުއްޖެއް ދެއްވިއެވެ. އެ ދަރިފުޅު އަހަރެންގެ އަތުގައި ބޮނޑިކޮށްލި ފުރަތަމަ ދުވަހު އަހަރެންގެ ހިތް ފުރިގެން ދިޔައެވެ. ލޯތްބާއި ކުލުނާ ޙަމްދަރުދީންނެވެ. ޔާސިރުގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ ނީރާލިތަން އަހަރެން ދުށީމެވެ. އަހަރެމެންގެ އެ ދަރިފުޅަށް ފުރިހަމަ ހިމާޔަތް ދޭން ޔާސިރު ވަޢުދުވިއެވެ. ދަރިފުޅަށް ފަސް އަހަރު ފުރުނެވެ. އަހަރެމެންގެ ދިރިއުޅުމަށް އެއްވެސް ކަހަލަ އުޖާލާކަމެއް ނުލިބެއެވެ. އަބަދާ އަބަދު ތިބެން ޖެހެނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އަހަރެން އެންމެ ކަންބޮޑުވަނީ އަހަރެމެންގެ ދަރިފުޅާ މެދުގައެވެ. އެ ނުބައި މީހުންގެ ވަކިތަކުގައި އަހަރެންގެ ދަރިފުޅު ހައްޔަރުވާކަށް އަހަރެމެން ދެމަފިރިން ވެސް ނޭދެމެވެ. ***** "މަންމާ... ހުއްޓާލާ. ކޮއްކޮ ދެރަވޭ" ޚިޔާލުތަކުގައި ބެހެމުން ދިޔަ އަހަންނަށް ހޭވެރިކަމެއްވީ ޔަޝްފީ ވާހަކަ ދެއްކުމާއެކުގައެވެ. އަހަރެން ކަރުނަތައް ފުހެލީ އެ ދަރިފުޅުގެ ޙައްޤުގައެވެ. އަހަރެންގެ އެއްފަރާތުގައި ޔަޝްފީ ބާއްވަމުން އަހަރެން ޔަޝްފީ ބޮލުގައި ފިރުމައިލީމެވެ. އަހަރެންގެ ފިރިމީހާ އެ ސިފައިންގެ އަނިޔާވެރި ވަކިތަކުގައި ހައްޔަރުވެ މި ދުނިޔެ ދޫކުރިތާ މިއަދަށް ހަފްތާއެއް ފާއިތުވެގެން ދިޔައިރު ވެސް އަހަންނަކަށް ހިތާމަތަކަކާ ދުރަކަށް ނުދެވުނެވެ. ބައްޕަ އެކޭ އެއް ގޮތަށް އަހަރެންގެ ފިރިމީހާ ވެސް މި ދުނިޔެ ދޫކުރީ އެމީހުންގެ ބަޑީގެ ހަމަލާއެއްގައެވެ. އެއީ އާދައިގެ ދުވަހެކެވެ. އެ ދުވަހު ވެސް ޔާސިރު އުޅުނީ އާދައިގެ މަތިން ކާބޯތަކެއްޗަށް ޖެހިފައިވާ މީހުންނަށް ކާތަކެތި ފޯރުކޮށްދިނުމުގައި އަވަދިނެތިއެވެ. ކާއެއްޗެހި ބަހައްޓާފައި ހުރި ގުދަނަށް އެ އަނިޔާވެރިން ވަދެގަނެ އެތަނުގައި ތިބި ގިނަ ބައެއް މަރައިލި މަރައިލުމުގައި އަހަރެންގެ ފިރިމީހާ ވެސް އެމީހުންގެ ޝިކާރައަކަށް ވީއެވެ. އެ ވަރުން ފުދުނީއެއް ނޫނެވެ. އެތަނުގައި ރޯކޮށްލުމަށްފަހު އެތަން ވެސް އަންދައިލީއެވެ. އެޚަބަރު ލިބުމާއެކު އަހަރެން ދުވަމުން ދިޔައީމެވެ. އެހެންނަމަވެސް އޭރު މާ ލަސްވެއްޖެއެވެ. މުޅި ތަނުގައި ވަނީ ހުޅު ހިފާފައެވެ. އަރާ ހޫނުން އެތަނަށް ކައިރިވެވޭ ވަރެއް ވެސް ނޫނެވެ. އަހަރެންގެ ދަރިފުޅު އަހަރެންގެ ގައިގައި ބައްދައިގަނެފައި ރޯން ފެށިއެވެ. ހުރި ތަނަށް އަހަންނަށް ތިރިވެވުނެވެ. އަހަރެންގެ ފިރިމީހާގެ ފުރާނައަށް ރަޙްމަތް ލެއްވުން އެދި ދުޢާ ކުރީމެވެ. ސުވަރުގެ މިންވަރުކޮށްދެއްވުން އެދި ދުޢާ ކުރީމެވެ. ކެތްތެރިކަން އިސްކުރަމުން އަހަރެން ރުއިން ހުއްޓޭތޯ މަސައްކަތް ކުރީމެވެ. ޔަޝްފީ ވެސް އަހަރެންގެ ގައިގައި ބައްދާލައިގެން ރޮއިލަ ރޮއިލާ ހުއްޓެވެ. އެ ކުޑަ ދަރިފުޅަށް ވެސް ވީ ގޮތް ނަގައިގަނެވުނީއެވެ. ***** ކަރުނަތައް ފުހެލަމުން އަހަރެން ނިދިފައި އޮތް ޔަޝްފީއަށް ބަލައި ލީމެވެ. ޔަޝްފީގެ ނިތުގައި ބޮސްދެމުން އެ ދަރިފުޅު ހެޔޮ ހާލުގައިލެއްވުން އެދި ދުޢާ ކުރީމެވެ. ކެތްކުރަމުން އަހަރެން މާތް ﷲގެ ވަޙީ ބަސްފުޅު މަތިން ހަނދުމަކޮށްލީމެވެ. وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِّنَ الْأَمْوَالِ وَالْأَنفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން امتحان ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ خبر، ކަލޭގެފާނު ދެއްވާށެވެ! [ އަލް ބަޤަރާ 155 ވަނަ އާޔަތް ] ދުނިޔޭގައި ކިތަންމެ ހާލެއްގައި އުޅެން ޖެހުނަސް އަހަރެން ދުވަހަކުވެސް ﷲ ގެ ރަޙްމަތުން އުންމީދު ކަނޑައެއް ނުލާނަމެވެ. އަހަރެންގެ ޙާލު މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. މިއަދު ކެތްތެރިވެއްޖެ ނަމަ ފަހުން އެކަމުގެ ފޮނި މޭވާ ލިބޭނެކަމުގައި އަހަރެން ޔަޤީން ކުރީމެވެ. އެއީ ވިއްސާރަ ރެއެކެވެ. ކުޑަ ޖިފުނޑި ގަނޑެއްފަދަ އެގޭގައި އަހަރެން ދަރިފުޅާއެކު އިނީމެވެ. އަށިމަތީގައި މިއަދު ލިބުނު ކަދުރުކޮޅަކާއި ފެން ފުޅިއެއް ހުއްޓެވެ. ޔަޝްފީ ފެން ބޮވާ ކަމަށް ބުނުމުން އަހަރެން ފެންފުޅި ކަނޑައިލުމަށްފަހު ޔަޝްފީގެ ތުމުގައި ޖެއްސީމެވެ. ސިހުނީ ދާދި ގާތުން އިވުނު އަޑުފައްގަނޑާއެކުގައެވެ. ފެން ފުޅިވެސް އަތުން ދޫ ނުވީ ކިރިއާއެވެ. ޔަޝްފީ ކޮށި އެރުމުން ޔަޝްފީގެ ބުރަކަށީގައި ދެފަހަރަކު ޖަހައިލަމުން އެ ޖިފުޑި ގަޑުން ނުކުތީމެވެ. އޭރު އެތަނާ މާދުރު ނޫން ހިސާބެއްގައި ހުރި ގެ ތަކެއްގައި ރޯ ވެފައި ހުރިތަން ދުށީމެވެ. ވީ ގޮތް އެނގުމާއެކު އަހަންނަށް ޔަޝްފީ ގެނެސް މޭގައި ޖައްސައިލެވުނެވެ. އޭރު އަހަރެންގެ ހިތް ނޭނގޭ ބާރުމިނުގައި ތެޅެމުން ދިޔައެވެ. އޭގެ މިނެޓެއް ހާއިރު ފަހުން ބޮމުގެ ދެވަނަ ހަމަލާއެއް އަމާޒުވެގެން ދިޔަތަން ދުށީމެވެ. ހަމަލާ އަމާޒުވެގެން ދިޔައީ ގެއާ ވަރަށް ކައިރި ހިސާބަކަށެވެ. ޔަޝްފީ ބިރުން އަހަރެންގެ ގައިގައި ބާރަށް ބައްދައިލިއެވެ. އަހަރެން ކަމެއް ނުވާނެޔޭ ބުނެ ޔަޝްފީގެ ގައިގައި ބައްދައިލީމެވެ. ގެ ކައިރި ހިސާބުތަކަށް ސިފައިންތައް ވެރިވެގަތީ އެ ވަގުތެވެ. އެމީހުން މުޅި ތަނަށް ފެތުރިގަނެ ގެތަކުގެ ތެރެއަށް ވަންނަން ފެށިއެވެ. އަހަރެން ޔަޝްފީ ގޮވައިގެން އެތެރެއަށް ވަނީމެވެ. ގިނަ އިރުތަކެއް ނުވެ އަހަރެމެންގެ ގެއަށް ވެސް ސިފައިން ވަދެއްޖެއެވެ. ޔަޝްފީ ގެނެސް އަހަރެންގެ މޭގައި ބޮނޑިކޮށްލީމެވެ. އެމީހުން އަހަރެމެން ދެމައިން ވަކިކޮށްލުމަށްފަހު ރޮއި ރޮއި އޮތް ޔަޝްފީ ތަޅުންގަނޑު މައްޗަށް ވައްޓައިލިއެވެ. އަހަރެންގެ ކުރިމަތީގައި އަހަރެންގެ ދަރިފުޅުގެ ޢިއްފަތް ފޭރެމުން ދިޔައިރު އަހަރެން ހަޅޭއްލަވަމުން ދިޔައީމެވެ. ރޮމުން ދިޔައީމެވެ. އެހެންނަމަވެސް އެމީހުންގެ ހަރު ހިލަ ހިތްތަކަކަށް އަސަރެއް ނުކުރިއެވެ. އަހަރެންގެ ކުރިމަތީގައި އެމީހުން އަހަރެންގެ ދަރިފުޅު މަރާލުމަށްފަހު، ދިޔައިރު އަހަރެން މަރާނުލީ ކިއްވެބާއޭ ހިތަށް އެރިއެވެ. ރޮމުން ރޮމުން އަހަރެން އަހަރެންގެ ދަރިފުޅު ޔަޝްފީ ކައިރިއަށް ޖެހިލީމެވެ. އެ ދަރިފުޅުގެ ގަޔަށް ވަޒަން އެރި ތަނުން އޭރުވެސް ލޭތަށް ފައިބަމުން ދިޔައެވެ. ހާލަތު ތަންކޮޅެއް ރަނގަޅު ވީހެން ހީވުމާއެކު އަވަށުތެރެ ހަލަބޮލިވިއެވެ. މިއަދުވެސް އެމީހުން އެދިޔައީ އެތައް ބަޔަކު ޤަތުލު ކުރުމަށްފަހުއެވެ. ދަރިފުޅު ކަފުންކޮށްފައި އަހަރެންގެ އަތަށް ލާދެވުނު އިރު ބާރަށް ރޮވިއްޖެއެވެ. ކެތްތެރިވާން މަސައްކަތް ކުރި ނަމަވެސް ހިފެހެއްޓުމެއް ނެތި ކަރުނަތައް ފައިބަން ފަށައިފިއެވެ. އަހަރެމެންގެ އުންމީދުތައް ވެއްޔާ މޮޑެލުމަށްފަހު އެމީހުން މިނިވަން ކަމާއެކު އުދުހެމުން ދާއިރު އެތަން ފެންނަ މީހަކު ހަމަ ނެތީހެއްޔެވެ؟ ދުނިޔެއާ މެދު ޝަކުވާ ކުރެވުނެވެ. މިއަދު އަހަރެންގެ ދަރިފުޅެވެ. މާދަމާ އެހެން މީހެއްގެ ދަރި އެކެވެ. އަހަރެމެންނަކީ ވެސް އިންސާނުންނެވެ. ވޭނުގައި ތެޅި ފޮޅޭއިރު އަހަރެމެންނަށް އަޅާލާނެ ބަޔަކު ނެތީ ހެއްޔެވެ؟ އެކަކަށްވެސް އަހަރެމެން ރޯ އަޑު ނީވެނީހެއްޔެވެ؟ (މިއީ ފަލަސްތީނުގެ ނިކަމެތި ރައްޔިތުން އުޅެމުންދާ ހާލުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ. އަޅުގަނޑުގެ ދުޢާ އަކީ ދުނިޔޭގައި އަނިޔާ ލިބެމުންދާ އެންމެހާ މުސްލިމުން އެ އަނިޔާއިން މިންޖުކޮށްދެއްވުމެވެ. އަދި އަނިޔާގައި މި ދުނިޔެ ދޫކުރާ އެންމެހާ މުސްލިމް އަޚުންނާއި އުޚުތުންނަށް ސުވަރުގެ މިންވަރުކޮށް ދެއްވުމެވެ. އާމީން)
ރޯއަޑު ނީވެނީ ހެއްޔެވެ؟
ފަސޭހަ ކަމާއި އެކު ފެތުރޭ ނުރައްކާތެރި ކޮވިޑް-19 ރޯގާއާ އެކު ދިރިއުޅެން ފަށާއިރު އެކަކުގެ ފޯނުގައި އަނެކަކު އަތްލައި ބޭނުން ކުރުމަކީ އެއްގޮތަކަށް ވެސް ރައްކާތެރި ކަމެއް ނޫން ކަމަށް އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ. ފަރުވާއެއް ބޭހެއް އަދި ހޯދިފައި ނުވާ ކޮވިޑް-19 އިން ފެތުރުން ހުއްޓުވައި އެ ބަލިން ރައްކާތެރިވުމުގެ އެންމެ މޮޅު "ފަރުވާ" އަކީ ގައިދުރުކަން ބަހައްޓައި ގިނަ ގިނައިން ސައިބޯނި ލައިގެން އަތްދޮވުން ކަމަށް ސިއްހީ މާހިރުން އަންނަނީ ކެނޑިނޭޅި އިރުޝާދުދެމުންނެވެ. އެ ބަލި ރާއްޖޭގައި ހަލުވިކަމާއި އެކު ފެތުރެން ފެށި ފަހުން މިހާރު މި ވަނީ މަހަކަށް ވުރެން ގިނަ ދުވަސް ވެފަ އެވެ. މުޅި ރާއްޖެ އާއި ވެރި ރަށް މާލެ ލޮކްޑައުން ކޮށްފައި އޮތުމުން އިގްތިސާދު ހުއްޓި ރައްޔިތުންނަށް ވެސް ވަނީ ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހިފަ އެވެ. އެހެން ކަމުން ސަރުކާރުން ތައްޔާރުވަމުން އަންނަނީ ފުރަބަންދުން ގައުމު ނަގައި ކޮވިޑާއި އެކު ރައްޔިތުން އުޅޭނެ ގޮތުގެ އިރުޝާދީ ދީ އެކަމަށް ތައްޔާރު ކުރަމުންނެވެ. ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ރޭ ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ، ކޮންމެ މީހަކު ގެންގުޅޭ ފޯނަކީ ވަރަށް ގިނައިން އަތްލާ އެއްޗެއް ކަމަށާއި އަދި އޭތި ސާފު ކުރުން ގިނަ ފަހަރަށް ހަނދާން ވެސް ނެތޭ ކަމަށެވެ. "ނިއު ނޯމަލްގައި ފޯނު ގެންގުޅުއްވާނީ އެމީހެއްގެ ފޯނު އެ މީހަކު. އެއްވެސް މީހަކާ ހިއްސާއެއް ނުކުރާނެ. ހާއްސަގޮތެއްގައި ވަރަށް ގިނައިން އަޅުގަނޑުމެނަށް ކުރެވޭ ކަމެއް އެއީ އަޅުގަނޑުމެން ގެންގުޅޭ ފޯނު ކުޑަކުދިން އަތަށް ދިނުން. އެއީ އެކުދިން ވެސް ބައެއްފަހަރު ނަގާވެސް ފާނެ އެހެން ތަނަކު އޮވެއްޖިއްޔާ. އެހެން ނަމަވެސް ނިއު ނޯމަލްގައި މަސައްކަތް ކުރާއިރު ފޯނު ފަދަ ތަކެތި. އެއީ ފޯނަކީ ވަރަށް ގިނައިން އަޅުގަނޑުމެން އަތްލާ އެއްޗެއް އަދި ވަރަށް ގިނަ ފަހަރު އަޅުގަނޑުމެން ހަނދާން ނެތިފައި ހުރެދާނެ އޭތި ސާފުކޮށްލަން ވެސް،" ޑރ. އަފްޒަލް ވިދާޅުވި އެވެ. ފޯނުގެ އިތުރުން ވެސް އެކަކު ގެންގުޅޭ އެއްޗެހި އަނެކަކު ބޭނުން ކުރުން ވީހާ ވެސް މަދު ކުރުމަށް ޑޮކްޓަރު ވަނީ އިރުޝާދު ދެއްވާފަ އެވެ. އަދި ވިދާޅުވީ، ކޮންމެހެން ބައްދަލުކުރަން ޖެހޭ މީހަކާ ވެސް ތިން ފޫޓް ދުރުގައި ހުރެ ބައްދަލު ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ. "ލޮކްޑައުން ދޫކޮށްލާއިރަށް އަނެއްކާ ވެސް އެންމެން ވެސް އިހެކޭ އެއްފަދައިން މަގުމަތީގައި އުޅެން ފަށާނެ. އެހެންވީމަ އެކަން އެބަޖެހޭ ނިއު ނޯމަލްއަކަށް ދާއިރު ކޮންމެވެސް ވަރަކަށް އަޅުގަނޑުމެން ކޮންޓްރޯލެއް ގެންނަން. އެއީ ނިއު ނޯމްލަގައި އަޅުގަނޑުމެން ތިބެން ޖެހޭ ދެ ތިން މަސް ނޫނީ އެއަށްވުރެން ވެސް ދިގު މުއްދަތެއް،" ޑރ. އަފްޒަލް ވިދާޅުވި އެވެ. ފުރަބަންދުން ރައްޔިތުން ދޫކޮށްލުމުން މި ބަލި އިތުރަށް ފެތުރި ގިނަ ބަޔަކަށް ނުޖެހި ސަލާމަތްވާނީ ނިއު ނޯމަލްއެއްގައި އުޅެގެން ކަން ޑޮކްޓަރު ފާހަގަކުރެއްވި އެވެ.
ނިއު ނޯމަލްގައި އެހެން މީހުންގެ ފޯނުގައި އަތްލައިގެން ނުވާނެ: ޑރ. އަފްޒަލް
ކުޑައިރުގެ ފޮނިފޮނި ހަނދާނެއް އާކޮށްލަން ހިނގާށެވެ. އަހަރެމެން ރޮއެެގެންވެސް އެންމެ މީރުކޮށް ޒިލޭބި ހަދާ ގެއަކުން ހަވީރު ސައި ފުރިހަމަކޮށްލުމަށް ޒިލޭބީ ގަންނަށް ކުސްތަޅާ ހަނދާން އެބަހުރިކަން ގައިމެވެ. އޭރުވެސް މިހާރުވެސް ޒިލޭބިއޭ ބުނެފިނަމަ އަހަރެމެން ހޭވައްލާ ތައްޔާރެވެ. މިލޮކްޑައުންގައި ރޯދަމަހު ސުފުރާމަތިން ޒިލޭބި "މިސްވާނެ" ގޭގެ ބައިވަރެވެ. އައިމިނަތު ރުޚުޝާ(ތޫތަ) މިއަދު ސަންބަދިގެއަށް ހިއްސާކޮށްލި ރެސިޕީއަކީ މިއީ އެކަމުގެ ފަރުވާ އެވެ. ގޭގެ ބަދިގޭގެ "ސްޓޭޕްލް" ހަރުން އެއްޗެހި ހަމަކޮށްލައިގެން މިކަން ކޮށްލެވޭނެކަމުގެ ޔަޤީންކަން ތޫތަ އަހެރެމެންނަށް ދެއެވެ. ބޭނުންވާތަކެތި: ޒިލޭބި 2 ޖޯޑު ފުށް 1 މޭޒުމަތީ ސަމުސާ ކޯން ފްލަރ 1 ޖޯޑު ފެން 1 މޭޒުމަތީ ސަމުސާ ޔީސްޓް 1 މޭޒުމަތީ ސަމުސާ ހަކުރު 1/2 ޖޯޑު ތާފަނާ ފެން 1/2 މޭޒުމަތީ ސަމުސާ ކާކުލަ (ރަތް) ތެޔޮ (ޒިލޭބި ތެލަށްއެޅުމަށް) ޝުގަރ ސިރަފް 3 ޖޯޑު ހަކުރު 1 1/2 ޖޯޑު ފެން ލިބޯ ފަޅިއެއްގެ ހުތް 1 ސައިސަމުސާ ވެނީލާ އެސެންސް ތައްޔާރުކުރާނެގޮތް 1/2 ޖޯޑު ތާފަނާ ފެނުގައި ޔީސްޓް އަދި ހަކުރު މިކްސް ކޮށްލާށެވެ. ފަސްވަރަކަށް މިނެޓު ބެހެއްޓުމުން މި މިކްސްއިން ފޮނުއަރާލާނެއެވެ. މާ ހޫނު ފެނުގައި ޔީސްޓް އަދި ހަކުރު އެއްކޮށްލެވިއްޖެނަމަ އަހަރެމެން މި ބޭނުންވާ 'ފްރޮތީ" މިކްސްޗަރ އެއް ނުހެދޭނެއެވެ. އެއަށްފަހު ޒިލޭބި ތައްޔާރުކުރަން ބޭނުންވާ 2 ޖޯޑު ފުށް، 1 މޭޒުމަތީ ސަމުސާ ކޯންފްލަރ، 1 މޭޒުމަތީ ސަމުސާ ޔީސްޓް، 1 މޭޒުމަތީ ސަމުސާ ހަކުރު އަދި ކާކުލަ އާއި ޔީސްޓް މިކްސްގެ އިތުރުން ޖޯޑެއްގެ ފެން ބޯތައްޓަކަށް އަޅާ ރަނގަޅަށް ވިސްކް ކޮށްލާށެވެ. ވިސްކްއެއް ނެތްނަމަ ދޭފަތެއް ފަދަ އެއްޗަކުން ނަމަވެސް ރަނގަޅަށް އެއްކޮށްލާށެވެ. މިކްސްޗަރ ތައްޔާރުވުމުން ކްލިންގ ފިލްމް ނުވަތަ ޕްލާސްޓިކް ރެޕް އެޅުމަށްފަހު 2 ގަޑިރުވަންދެން ބަހައްޓާލާށެވެ. މިއީ މިކްސް ރަނގަޅަށް "ފާރމެންޓް" ވެ ނުވަތަ ފުފުމަށެވެ. އަހަރެމެން ޒިލޭބި ތެލަށް އެޅުމަށް ބޭނުންވާ ކޮންސިސްޓެންސީ ލިބޭނީ އޭރުންނެވެ. މިވަގުތުކޮޅު ޝުގަރ ސިރަޕް ހަދަމާ ހިނގާށެވެ. އުނދަގުލެއް ނުވާނެއެވެ. 3 ޖޯޑު ހަކުރާއި، ފެން، ލިބޯފަޅިއެއްގެ ހުތް އަދި 1 ސައިސަމުސާ ވެނީލާ އެސެންސް 10 ވަރަކަށް މިނެޓް ވަންދެން ކައްކާލާށެވެ. ޒިލޭބިތައް ތެލަށް އެޅުމަށްޓަކައި ޕައިޕިންގ ބޭގަކަށް އަޅާށެވެ. ނުވަތަ ޒިޕްލޮކް ބޭގަކަށް އެޅުމަށްފަހު ކޮޅު ކަނޑާލާށެވެ. ވެޖިޓަބަލް އޮއިލް ކޮޅެއް އަޅާ ތެޔޮގަނޑު ހޫނުވުމުން ވީޑިއޯ އިން ފެންނަގޮތަށް ޕައިޕިންގ ބޭގް އިން ތެޔޮގަނޑަށް ޒިލޭބި ފުށްގަނޑު އަޅަމުން ގެންދާށެވެ. ފުސްގަނޑު ރަނގަޅަށް ތެލަށް އެޅުމުން ތެޔޮގަނޑުގެ މައްޗަށް އަރާނެއެވެ. އަދި އިތުރު 2 މިނެޓު ތެޔޮގަނޑުގައި ޒިލޭބި ފްރައި ކޮށްލާށެވެ. ހޫނު ޒިލޭބި ނަގާގޮތަށް ޝުގަރ ސިރަޕްއަށް އަޅަމުން ގެންދާށެވެ. ޝުގަރ ސިރަޕް ހުންނާނީ މިހާރު ހިހޫވެފައެވެ. ކަމުދާ މިންވަރަކަށް ޝުގަރ ސިރަޕްގައި ޒިލޭބި ފޯކޮށްލުމަށްފަހު އަވަހަށް ރަހަ ބަލާލާށެވެ. ދެކުނު އޭޝިޔާގައި ޚާއްސަކޮށް އިންޑިޔާ އަދި މެދުއިރުމަތީގައިވެސް މަޤުބޫލް ޒިލޭބި އަކީ ތިހީކުރާ ވަރަށް ވުރެ ފަސޭހައިން ތައްޔާރުކޮށްލެވޭ އެއްޗެކެވެ. ލޮކްޑައުންވިޔަސް މިހާރު ހާސްވާނެކަމެއްނެތެވެ. ޒިލޭބި "ކްރޭވިންގ" އެއް އަންނަށްއިރަށް ފޮނިތޮށިއެމްވީގެ ފަސޭހަ މިރެސިޕީ ތައްޔާރުކޮށްލާށެވެ!
ޒިލޭބި: ކުޑައިރުގެ ފޮނިފޮނި ހަނދާނެއް
މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުއި ދިނުމަށް ނިންމާފައި އޮތްނަމަވެސް، ވައިރަސްގެ ބިރު ކެނޑުނީ ކަމަށް ހީނުކުރެއްވުމަށް ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ. ރާއްޖޭގައި ވައިރަސް ފެތުރޭ މިންވަރު ވަކި ވަރަކަށް ކޮންޓްރޯލުވާން ފެށުމާ ގުޅިގެން ލޮކްޑައުން އަށް އެކި ކަހަލަ ލުއިތަކެއް ދޭން ފަށާނެ ކަމަށް ސަރުކާރުން ވަނީ ދާދި ފަހުން ހާމަކޮށްފައެވެ. އެކަމާ ގުޅޭގޮތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ފުރަބަންދަށްފަހު އަލުން ހުޅުވާލުމާއެކު ކޮންމެވެސް ވަރަކަށް ޕޮޒިޓިވް ކޭސްތައް އިތުރުވުމަކީ ހާލަތުގެ ގޮތުން ވުން އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންނަމަވެސް ބައެއް ގައުމުތަކުގައި އެފަދަ ހާލަތްތަކުން ބޮއްސުންލައިގެން ގޮސްފައިވާ މަންޒަރު ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. "ބައެއް ސަރަހައްދުތަކުގައި އެ ހާލަތުން ބޮއްސުން ލައިގެން ގޮސް އަލުން ލޮކްޑައުންއަށް ދާން ޖެހޭ ހިސާބަށް ގޮސްފައި އެބަހުރި. އެހެންވީމަ އެއްވެސް ގޮތަކަށް ދެކިގެން ނުވާނެ އަޅުގަނޑުމެންނަށް މި ގެނެވޭ ލުއިތައް، މިއާއެކީގައި ވައިރަސްގެ ބިރުވެރިކަން ކެނޑިގެން ގޮސްފި ކަމަށް،" މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ އަދިވެސް ހުރިހާ އެންމެން އޮޕަރޭޓް ވާން ޖެހޭނީ އެ ވައިރަހަކީ ދިވެހީންގެ ތެރޭގައި އުޅޭ ވައިރަސް އެއް ކަމަށް ދެނެތިބެގެން ކަމަށެވެ. "އަދި އެ ވައިރަސް ހަމަ، ޖެހެމުންދާ މިންވަރަށް ޖެހެމުން ގޮސްދާނެ ކަން އެނގެން ޖެހޭ. އެކަމާ ސަމާލުވެ މަސައްކަތް ނުކުރެވިއްޖެނަމަ،" އޭނާ ވިދާޅުވިއެވެ. ވައިރަހަށް ސަމާލުވުމަށްޓަކައި އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އިޖުތިމާއީ ގައިދުރުކުރުން ކަމަށާއި ސާފުތާހިރުކަން އިޚްތިޔާރު ކުރުން ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެގޮތުން ފުރަބަންދަށް ލުއިތަކެއް ދޭން ފަށާއިރު އާންމުން ތައްޔާރުވުމަށް މަސައްކަތް ކުރުމަށް މަބްރޫކް އެދިލެއްވިއެވެ. ނިއު ނޯމަލްއަށް ތައްޔާރުވުމުގެ ގޮތުން ގޭގައި ތިބެ މާސްކު ފަދަ ތަކެތި ތައްޔާރުކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް އެނާ ފާހަގަކުރެއްވިއެވެ.
ފުރަބަންދަށް ލުއި ދިނަސް، ވައިރަހުގެ ބިރުވެރިކަން ނުކެނޑޭ: މަބްރޫކް
ދައުލަތުގެ ހުރިިހާ މުވައްޒަފުންގެ މުސާރަ 20،000ރ. އަށް ވުރެން ދަށް ކުރުމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ގޮވާލައްވައިފި އެވެ. ސަރުކާރުގެ ހިންގުން ހުއްޓުމެނެތި ކުރިއަށް ގެންދިއުމަށް ކޮންމެހެން ބޭނުންވާ 4.2 ބިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީއަށް ދޫކުރުމާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރަމުންދާ ބަހުސްގައި ވާހަކަ ދައްކަވަމުން މެމްބަރު ސަލީމް ވިދާޅުވީ، މި ހާލަތަކީ ހަމަ އެކަނި ރާއްޖެއަށް ކުރިމަތިވެފައިވާ ހާލަތެއް ނޫން ކަމަށާއި އެކަމަށް ކުރިމަތިލުމުގެ ގޮތުން ދައުލަތުގެ ހަރަދު ވަރަށް ބޮޑަށް ކުޑަ ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ރައީސްކަން ކުރައްވާފައި ތިއްބެވި ފަރާތްތަކަށް ދޭ ފައިސާގެ އިނާޔަތް މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ކަން ސަލީމް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އެ ރައީސުން ގައުމާއި މެދު އިހްލާސްތެރިކަމެއް ހުރި ނަމަ އަމިއްލައަށް އިނާޔަތްތައް ދޫކޮށްލަން ޖެހޭ ކަމަށެވެ. "ދައުލަތުގައި އެއްވެސް މީހަކު މިހާރު ހުރެގެން ނުވާނެ 20 ނުވަތަ 25 ހާހަށްވުރެން މަތީ މުސާރައެއް ލިބޭ ބޭފުޅަކު އެއީ ހުދު ރައިސުލްޖުމްހޫރިއްޔާ ކަމުގައި ވިޔަސް،" މެމްބަރު ސަލީމް ވިދާޅުވި އެވެ. އެގޮތުން ރައިސުލްޖުމްހޫރިއްޔާ އަށް ދައުލަތުން ހުރިހާ ހަރަދެއް ކުރަމުން އަންނަ ކަން ވެސް ސަލީމް ވަނީ ފާހަގަކޮށްފަ އެވެ. އެހެން ކަމުން ކުރިއަށް އޮތް ހަ މަސް ދުވަހު މުސާރަ ނުނެންގެވުމަށް ސަލީމް ވަނީ އެދިވަޑައިގެންފަ އެވެ. ހަމައެއާ އެކު މަޖިލިސް މެންބަރުންގެ މުސާރަ ވެސް 20،000 އަށް ވުރެން ބޮޑު ނުވާގޮތަށް ކުޑަކުރުމަށް ސަލީމް ވަނީ ގޮވާލައްވާފަ އެވެ. އަދި މެންބަރުން ވެސް ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތައް ހަދައި ކޮންމެ ޖަލްސާއެއް އޮންނަ ދުވަހަކަށް 500 ރުފިޔާގެ އެލަވަންސެއް ދެވިދާނެ ކަމަށް ސަލީމް ވިދާޅުވި އެވެ. "ދެން ސިވިލް ސާވިސްގެ މުސާރައިން އެންމެ އެއްޗެއް ވެސް އުނިކޮށްގެން ނުވާނެ،" މެމްބަރު ސަލީމް ވިދާޅުވި އެވެ. ސިޔާސީ އެއްވެސް މުވައްޒަފެއްގެ މުސާރަ ވެސް 20،000 ރުފިޔާއަށް ވުރެން ކުޑަވެގެން ނޫނީ މި ހާލަތުން އަރައި ނުގަނެވޭނެ ކަން ސަލީމް ވަނީ ފާހަގަކޮށްފަ އެވެ. ފިނޭންސް މިނިސްޓަރުގެ ވިސްނުން ހުރީ ކުރިން ހަރަދު ކުރި ވަރަށް ފައިސާ ހަރަދުކޮށްގެން ކަންކަން ކުރުންކަން ފާހަގަކޮށް ސަލީމް ވިދާޅުވީ އެ ވިިސްނުން ދޫކޮށް މިހާރު ފަށާފައި ހުރި މަޝްރޫއުތައް ވެސް ހުއްޓާލަން ޖެހޭ ކަމަށެވެ. "އަޅުގަނޑުމެން މިހާރު ދާންވީ 2013 ވަނަ އަހަރުގެ ބަޖެޓަށް އެ ބަޖެޓަކީ ގާތްގަޑަކަށް 17 ބިލިއަން ރުފިޔާއޭ އަޅުގަނޑު ހަނދާން ވަނީ 2014 ވަނަ އަހަރުގެ ބަޖެޓަކީ 21 ބިލިއަނުގެ ބަޖެޓެއް. އެހިސާބަށް އަޅުގަނޑުމެން ތިރިވާންވީ. އަޅުގަނޑުމެން ތިރިވާން ޖެހުނީމަ އަޅުގަނޑުމެން ތިރިވާން ޖެހޭނެ،" ސަލީމް ވިދާޅުވި އެވެ. މި ދަނޑަވަޅުގައި ވިސްނުންތެރިކަމާއި އެކު ކަންކަން ނުކޮށްފި ނަމަ މި ގައުމު އަތް ނުފޯރާ ހިސާބަށް ގޮޮސްދާނެ ކަން ސަލީމް ވަނީ ފާހަގަކޮށްފަ އެވެ.
ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ 20،000 އަށް ވުރެން ދަށް ކުރަން ގޮވާލައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތަހުނިޔާ ފޮނުވާ އިދިކޮޅު ޕާޓީތަކުގެ ނައިބު ރައީސުން ކުރި ޓުވީޓްތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރި ޓުވީޓްކުރައްވައިފި އެވެ. ރައީސް ނަޝީދު ރި ޓުވީޓްކޮށްފައި ވަނީ، ޕީޕީއެމްގެ ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝީޔާމް ކުރެއްވި ޓުވީޓަކާއި ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު، ކުރެއްވި ޓްވީޓެވެ. އެ ދެބޭފުޅުންގެ ޓްވީޓްގައި ވެސް ރައީސް ޔާމީންގެ ސިޔާސަތުތަކަށް ތައުރީފުކުރައްވައި، އުފަންދުވަހުގެ ތަހުނިޔާ ފޮނުވާފައިވެ އެވެ. ރައީސް ޔާމީންއާ ސިޔާސީ ގޮތުން އެންމެ ވާދަވެރި، ރައީސް ނަޝީދު މިގޮތަށް މިފަދަ ޓުވީޓެއް ރި ޓުވީޓްކޮށްފައި މިވަނީ ފުރަތަމަ ފަހަރަށެވެ. އަދި މިފަދަ ޓުވީޓެއް ރި ޓުވީޓްކޮށްފައި މިވަނީ ރައީސް ނަޝީދު ސަރުކާރަށް ވެސް ފާޑުވިދާޅުވަމުންދާ ދަނޑިވަޅެއްގަ އެވެ. ނަމަވެސް ރައީސް ނަޝީދު އެ ޓުވީޓްތައް ރި ޓުވީޓްކޮށްފައި ވަނީ އޮޅިގެން ކަމެއް ނުވަތަ ކޮން ބޭނުމެއްގައި ކަމެއް ސާފެއް ނޫނެވެ. ރީޓްވީޓް ކުރިތާ ގިނަ އިރުތަކެއްވީ އިރު، އަދިވެސް އެ ޓްވީޓްތައް ޑިލީޓްކޮށްފައި ނުވެ އެވެ. ރައީސް ނަޝީދު ބަލިކުރައްވައި، ރައީސް ކަމަށް ވަޑައިގެންނެވި ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް ނަޝީދަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، 13 އަހަރަށް ޖަލަށްލި އެވެ. އޭރު ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެއީ ރައީސް ޔާމީން ސިޔާސީ ނުފޫޒު ފޯރުވައިގެން ކުރެއްވި ސިޔާސީ ހުކުމެެއް ކަމަށެވެ. އެ ހުކުމާ ގުޅިގެން 2018 ވަނަ އަހަރުގެ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ނުލިބުނު އިރު، ފަހުން ސްޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ. ރައީސް ޔާމީންގެ ވެރިކަން ނިންމުމަކަށް ގެނެސްފައި ވަނީ، ނަޝީދު އިސްވެ ހުރެ އުފެއްދެވި ކޯލިޝަނަކުންނެވެ. އަދި މި ކޯލިޝަންގެ ސަރުކާރުގައި ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަަހަރަށް ވަނީ ޖަލަށްލައިފަ އެވެ. ރައީސް ޔާމީން ވެސް ވިދާޅުވަމުން ގެންދަވަނީ އެއީ ނުހައްގުން ކޮށްފައިވާ ހުކުމެެއް ކަމަށެވެ. މިހާރު އެ ހުކުމް އޮތީ ހައި ކޯޓުގެ އިސްތިއުނާފު މަރުހަލާގަ އެވެ. ރައީސް ޔާމީންގެ އުފަންދަވަހަކީ، މެއި 21 1959 އެވެ. މިއަދު ފާހަގަ ކުރަމުން މިދަނީ އެމަނިކުފާނުގެ 61 ވަނަ އުފަންދުވަހެވެ. ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނުގެ ސަޕޯޓަރުން ދަނީ ޝޯޝަލް މީޑިއާގައި ތަހުނިޔާ ފޮނުއްވަމުންނެވެ. އިދިކޮޅުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ، އުފަންދުވަހުގައި ގައުމު އެދި ގޮވަނީ އެމަނިކުފާނުގެ ހިދުމަތަށް ކަމަށެވެ.
ޔާމީނަށް ތަހުނިޔާ ކިޔައި ކުރި ޓުވީޓްތަކެއް ނަޝީދު ރީޓްވީޓް ކުރައްވައިފި
ކަރާ އައިިލެންޑްގެ ގޮތުގައި މަޝްހޫރުވެފައިވާ އއ. ތޮއްޑޫ އިން ވެރި ރަށް މާލެއަށް 67 ޓަނުގެ ކަރާ ފޮނުވައިފި އެވެ. ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހަށް ތޮއްޑޫ އިން އެތައް ޓަނެއްގެ ކަރާ މާލެއަށް ގެނެ އެވެ. ނަމަވެސް މި އަހަރުގެ ރޯދަމަސް ފެށި ދެ ދުވަސް ފާއިތުވެގެން ދިޔަ އިރު ވެސް ތޮއްޑޫ ކަރާ މާލެއަށް ގެނެވިފައި ނުވަނީ ކޮވިޑް-19އާ ގުޅިގެން މާލެ ލޮކްޑައުންކޮށްފައި އޮތުމުންނެވެ. ތޮއްޑޫ ކައުންސިލްގެ ރައީސް ޚަދީޖާ ނިއުޝާ 'ސަން' އަށް މިއަދު ވިދާޅުވީ، އެ ރަށުން ކަރާ ބަރުކޮށްގެން ދެ ދޯނި ރޭ މާލެއަށް އައިސްފައިވާ ކަމަށާއި އެކު ޖުމްލަ 67 ޓަނު ހުންނާނެ ކަމަށެވެ. ތޮއްޑޫ ކަރާ ދަނޑުގައި ދަނޑުވެރިން: މިދިޔަ އަހަރާއި އަޅާބަލައި މި އަހަރު ދަނޑުތަކުގެ ހާލަތު ރަނގަޅު --- ސަން ފޮޓޯ: އަހްމަދު ޝަރުވާން އެއް ދޯނީގައި 50 ޓަނު އަދި އަނެއް ދޯނީގައި 17 ޓަނުގެ ކަރާ ހުންނާނެ ކަން ނިއުޝާ ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ކަރާގެ އިތުރުން ވެސް ތަރުކާރީއާ ފަތްޕިލާވެލީގެ އެތައް ބާވަތެއް ދެ ދޯނީގައި މާލެ ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން ރޭ އެ ރަށުން ގާތްގަޑަކަށް 95 ޓަނުގެ ސާމާނު މާލެއަށް ފޮނުވާފައިވާނެ ކަމަށް ވެސް ނިއުޝާ ވިދާޅުވި އެވެ. މާލޭގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުންދާތީ ދަތުރުތައް ކޮންޓްރޯލް ކޮށްފައި އޮތް ނަމަވެސް ދަނޑުވެރިންނާއި އޮޑިވެރިންގެ އެދުމުގެ މަތިން ރަށުން މޭވާ އާއި ތަރުކާރީ މާލެ ފޮނުވުމަށް ކޮންމެ ދޯންޏަކަށް ވެސް ހަފްތާ އަކު އެއް ދަތުރު ދިނުމަށް ނިންމާފައިވާކަން ވެސް ނިއުޝާ ފާހަގަކުރެއްވި އެވެ. ބަލިމަޑުކަމާ ގުޅިގެން ތޮއްޑޫގެ އެންމެ ބޮޑު މާކެޓް ކަމުގައިވާ މާލެއަށް ދަނޑުވެރިންގެ ތަކެތި ނުފޮނުވުނު ނަމަވެސް އިތުރު މަގެއް ވަނީ ފަހިވެފަ އެވެ. އެއީ ރާއްޖޭގެ އެކި އަތޮޅުތަކުން އެ ރަށަށް ކަރަލާއީ އެހެނިހެން ދަނޑުވެރިކަމުގެ އާލާތްތައް ހޯދުމަށް ދަތުރު ހަދާފައި އައުމެވެ. ތޮއްޑޫގެ ދަނޑުތައް --- ސަން ފޮޓޯ: އަހްމަދު ޝަރުވާން "ގާތްގަޑަކަށް ރޯދައިގެ ކުރީގައި 100 ޓަނުގެ ކަރާ ބޭރުކުރެވިފައި ހުންނާނެ އަތޮޅުތެރެއަށް،" ނިއުޝާ ވިދާޅުވި އެވެ. މިދިޔަ އަހަރާ އަޅާ ބަލާއިރު ތޮއްޑޫގެ ކަރާ ދަނޑުތައް މި އަހަރު، މާ ބޮޑު ގެއްލުންތަކެއް ނުލިބި ހެއްދިފައިވާ ކަމަށް ދަނޑުވެރިން ބުނެ އެވެ. ވިއްސާރައިގެ ސަބަބުން މިދިޔަ އަހަރު ދަނޑުތަކަށް ގެއްލުންތަކެއް ލިބުނު ނަމަވެސް މި އަހަރު އެކަހަލަ އެއްވެސް އުނދަގުލެއް ނުލިބި ކަރާ ހެއްދުނު މިންވަރު ވެސް އިތުރު ވެފައިވާކަން ދަނޑުވެރިން ވަނީ ފާހަގަކޮށްފަ އެވެ.
ތޮއްޑޫއިން މާލެ އަށް 67 ޓަނުގެ ކަރާ ފޮނުވައިފި
ފުރަބަންދަށް މަޑުމަޑުން ލުއިދޭން ފެށުމާއެކު ގްރީސްގެ މީހުން އަތިރި މައްޗަށް ނިކުމެއްޖެ އެެވެ. ގްރީސްއިން މިހާރު ވަނީ އަތިރިމަތީގެ 500 ސަރަހައްދު މިހާރު ހުޅުވާލައިފަ އެެވެ. އަތިރިމަތިތައް ހުޅުވާލިއިރު މި ދުވަސްވަރަކަކީ ވަރަށް ހޫނު ގަދަ ދުވަސްވަރެއްވެސް މެއެވެ. ގައިދުރުކުރުމުގެ ގޮތުން އަތިރި މަތީގައި ހުންނަ ކުޑަތައް ވެސް މިހާރު ހުރީ ދުުރުދުރުގައި ޖަހައިފަ އެެވެ. އަދި 1000 އަކަ މީޓަރުގެ ސަރަހައްދުގައި އެންމެ ގިނައިން 40 މީހުންނަށް ނޫނީ ނޫޅެވޭ ގޮތަށް ވަނީ ކަނޑައަޅައިފަ އެެވެ. އަދި ކުޑަތަކުގެ ދުރުމިނުގައި 13 ފޫޓް ހުންނަަން ޖެހެއެެވެ. ގްރީސްގެ ވެރިރަށް އެތަންސްގެ އަތިރިމަތީގެ މަޝްހޫރު ސަރަހައްދެއް ކަމަށްވާ އަލިމޮސްގައި ތިބެލަން މިއަދު ހެނދުނުން ފެށިގެން މީހުން އޮތީ ކިއުވެސް ހަދައިފައެވެެ. " ފުރަބަންދަށް ފަހު މިތަަނަނަށް އައިސް ހިތްހަމަ ޖައްސާލުމަކީ ހަމަ އެންމެ ކުރާހިތްވި ކަން. " އުމުރުން 70 އަހަރުގެ މީހަކު ކުޑައެއްގެ ދަށުގައި ހުރެ ބުންޏެވެ. އޭނާ އިތުރަށް ބުނީ ގައިދުުރުވުމުގެ އުސޫލުތަކަށް ތަބާވާ ކަމަށާއި އެހެން ނަމަވެސް މިހާރު ހީވަނީ މީހަކު ބޮލަށް ބަޑިއެއް ދިއްކޮށްގެން ހުންނައިރު ކުރެވޭ ކަހަކަ އިހުސާސްތަކެއް ކަމަށެވެ. މިދިޔަ މާޗް މެދުތެރެއިން ފެށިގެން ފުރަބަންދުކޮށްފައި އޮތް ގްރީސްއިން މަޑުމަޑުން ގައުމު ހުޅުވާލަން ފެށީ މިމަހުގެ ހަތަރަކުން ފެށިގެންނެވެ. އަދި މަޑުމަޑުން ދީނީ އަޅުކަންތަކަށާއި އާކިއޮލޮޖިކަލް ސަރަހައްދުތަކަށާއި އަދި އެތެރޭގެ ދަތުރުތައްވެސް މަޑުމަޑުން ހުޅުވާލަނެއެެވެ. ގްރީސްގެ އަވަށްޓެރި ގައުމުތަކުން ކޮވިޑްގެ ގިނަ ކޭސްތަކެއް ފެނުނަސް އެގައުމުން ފެނިފައިވަނީ އެންމެ 2800 ކޭސްއެެވެ. އަދި ބަލީގައި މަރުވެފައިވަނީ 160 މީހުންނެވެ. ގްރީސްގެ އާާބާދީގައި 11 މިލިއަން މީހުން ހިމެނޭއިރު އެގައުމުގެ އުފެއްދުންތެރިކަމުގެ 20 ޕަސެންޓް ހިއްސާ ކުރަނީ ފަތުރުވެރިކަމެވެ. -- ރޮއިޓާސް
ގައިދުރުވެ ތިބެ، ގްރީސްގެ މީހުން އަތިރިމަތީގައި
ރާއްޖޭގެ ޓޫރިޒަމް އަލުން ފަށައިގަތުމަށްފަހު އަމަލުކުރާ ގައިޑްލައިންގެ މަސައްކަތް ނިންމައި ޖޫން މަހުގެ ކުރިން އާންމުކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. ރާއްޖެއަށް އަލުން ފަތުރުވެރިން ގެނައުމުގެ އުސޫލެއް އެކުލަވާލަން ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ސޭފް ޓޫރިޒަމް ގައިޑްލައިންގެ ނަމުން ނަންދީފައިވާ އެ އުސޫލުގެ ފުރަތަމަ ޑްރާފްޓު ވަނީ އާންމުވެފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވިދާޅުވީ މި އުސޫލު އެކުލަވާލުމަށް ކުރަމުންދާ މަޝްވަރާތަކުގައި މިހާރު ތިންވަނަ ދެލިކޮޕީއަކާ ހަމައަށް އާދެވިފައިވާ ކަމަށެވެ. "މިހާރު އިންޑަސްޓްރީއާ ކުރަމުންދާ މަޝްވަރާތަކުގައި މީގެ ތިންވަނަ ދެލިކޮޕީއާ ހަމައިގައި އަޅުގަނޑުމެން މި ތިބީ. ހާއްސަކޮށް މަޓީއާ އެއްކޮށް، އަޅުގަނޑުމެން މިހާރު އިއްޔެއާއި މިއަދު ވެސް އަދި އޭގެ އިތުރުން އެމްއޭސީއެލް، ސިވިލް އޭވިއޭޝަން، ޑޮކްޓަރުންގެ ޓެގް ޓީމުގެ ޑރ. އަލީ ލަތީފްއާއި އެމްއެމްޕީއާރުސީއާ އެއްކޮށް އަޅުގަނޑުމެން މިދަނީ މިއަށް ވޯކްއައުޓްކޮށް އިސްލާހު ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ. ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު -- ފޮޓޯ: އެންއީއޯސީ މި އުސޫލުގެ ފުރަތަމަ ޑްރާފްޓް އާންމުވެފައިވާއިރު، މިނިސްޓަރު އަލީ ވިދާޅުވީ ޓޫރިޒަމް އަލުން ފަށަން މަސައްކަތް ކުރަމުންދަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެން ކަމަށެވެ. އާންމުވެފައިވާ ފުރަތަމަ ޑްރާފްޓުގައި ހިމެނޭ ބައެއް ކަންތައްތައް [އެއާލައިންތަކުންނާއި ޓޫރިސްޓުން އަތުން އިތުރު ފީތަކެއް ނެގުން ފަދަ ކަންކަން] ޓޫރިޒަމް ސިނާއަތުގެ މަސްލަހަތުވެރިންގެ ފާޑުކިޔުންތައް އަމާޒުވަމުންދާއިރު، އެއީ ޓޫރިޒަމް ހުޅުވާލުމުގެ ކުރިން އަދި ބަލި ފެތުރުން މުޅިން ކޮންޓްރޯލް ނުވާ ކަމަށް ބެލި ހާލަތަށް ތައްޔާރުކުރި ޑްރާފްޓެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. "ފަތުރުވެރިކަމުގެ ސިނާއަތާ ބައްދަލުކޮށް، ސިޓީ ފޮނުވުމުގެ ކުރިން އިންޓަނެޓްގެ ޒަރިއްޔާއިން ބައްދަލު ކުރުމަށްފަހު ދެންނެވިން މިއީ އަދި ނިމިފައި އޮތް އެއްޗެއް ނޫނޭ، މިއީ ފޭސްތަކެއްގެ މައްޗަށް ފަތުރުވެރިކަން އަލުން ފަށާއިރު، އޭގެ ޕްރީ އޯޕަނިން ފޭސްގައި އޮތް އެއްޗެކޭ. އެހެން ނަމަވެސް އެތަނުން އެއް ބޭފުޅަކު ވަނީ މީތި ޕަބްލިސައިޒް ކުރައްވާފައި. އެއީ ވަރަށް އަންޕްރޮފެޝަނަލް ކަމެއް. އެކަމާ ގުޅިގެން މީގެ ހަގީގަތް ގެއްލި، މީގެ އަސްލަކީ ކޮބައިކަން ނޭނގޭ ހިސާބަށް ގޮސްފައި މިއޮތީ،" މިނިސްޓަރު އަލީ ވިދާޅުވި އެވެ. ރާއްޖެ ހުޅުވާލުން: އަންނަ ހުރިހާ ޓޫރިސްޓުން ޓެސްޓްކުރާނެ! އިތުރަށް ވިދާޅުވުމަށް ރޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގައުމާ މުހާތަބު ކުރައްވަމުން ދެއްކެވި ވާހަކަފުޅަށް އަލިއަޅުވާލައްވަމުން މިނިސްޓަރު އަލީ ވިދާޅުވީ މިހާތަނަށް ކުރެވުނު މަސައްކަތްތަކުން ރާއްޖޭގައި މިވަގުތަށް މި ބަލި ހިފެހެއްޓި، ބައްޔާ އެއް ހަމައަކަށް އާދެވިފައިވާ ކަމަށެވެ. ޖުލައި މަހު ބޯޑަރު ހުޅުވަން މަސައްކަތް ކުރަމުންދާއިރު، ޓޫރިޒަމް ގައިޑްލައިން އެކުލަވާލުމުގައި ވެސް މިހާރު ބަލަމުންދަނީ ބޯޑަރު ހުޅުވާލުމުގެ ކުރިން އަމަލުކުރާނެ ގޮތުގެ ބަދަލުގައި ބޯޑަރު ހުޅުވާލުމަށްފަހު އަމަލުކުރާނެ ގޮތްތަކަކަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. "އަޅުގަނޑުމެން ލަފާކުރަމުން މިހާރު މިދަނީ ޖުލައި މަހުގެ ތެރޭގައި ބޯޑަރު ހުޅުވާލަން. ބޯޑަރު ހުޅުވާލާއިރު އަސްލު މި ޕޭޕަރުގެ ފުރަތަމަ ޑްރާފްޓުގައި އޮތް ކަރަންޓީނު ހާލަތުގައެއް ނޫން ﷲ އިރާދަކުރެއްވިއްޔާ ރާއްޖެ އޮންނާނީ،" މިނިސްޓަރު ވިދާޅުވި އެވެ. ޖޫން މަހުގެ ކުރިން އެ އުސޫލު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާއިރު، އެ މަސައްކަތް ކުރިއަށްދާ ގޮތުގެ ތާވަލު ވެސް މިނިސްޓަރު އަލީ ހިއްސާ ކުރެއްވި އެވެ. "މި މަހު 25ވަނަ ދުވަހާ ހަމައަށް ކޮމެންޓްތައް އަންނާނެ. ޑޮމެސްޓިކް ހުރިހާ އެއާލައިނަކާ ވެސް ބައްދަލުކޮށް މި ޑްރާފްޓް ހިއްސާކޮށްފިން. އޭގެ އިތުރުން ހުރިހާ އެސޯސިއޭޝަނަކާ ވެސް ހިއްސާކުރިން. މިއަދު ހަވީރު ވެސް މަޓީއާ އެއްކޮށް މަޝްވަރާތައް ގެންދިޔައިން. އަޅުގަނޑުމެންގެ އަމާޒަކީ ވަޅު އީދު ދުވަހު ހުރިހާ އެސޯސިއޭޝަންތަކުގެ ކޮމެންޓްތަކާއެކު އިށީނދެ ހިމުންކޮށް، 25ވަނަ ދުވަހުގެ ރެއަށް އިންޑަސްޓްރީގެ ހުރިހާ ފަރާތްތަކުގެ މަޝްވަރާއާ އެއްކޮށް އޮންނަ ފައިނަލް ޑްރާފްޓެއް ނިންމައި، ޕޮލިސީ އޮފީހަށް ފޮނުވުން." މިނިސްޓަރު ވިދާޅުވި އެވެ. "އެއަށްފަހު އިރާދަކުރެއްވިއްޔާ ޖޫން އައުމުގެ ކުރިން މީގެ ފައިނަލް ނިންމުމެއް ނިންމައި، ސަރުކާރުން ޓޫރިޒަމް އަލުން ކިކްސްޓާޓްކުރާ ފައިނަލް ގައިޑްލައިން އާންމުކުރާނީ،"
ޓޫރިޒަމް ގައިޑްލައިންގެ މަސައްކަތް ނިންމައި، މި މަހު އާންމުކުރާނެ: މިނިސްޓަރު އަލީ
މަޝްހޫރު އެންކްރިޕްޓެޑް ޕްލެޓްފޯމް ކަމަށްވާ ޓެލެގްރާމް އަށް މިއަހަރު ވީޑިއޯ ކޯލިން ހިދުމަތް ތައާރަފުކުރުމަށް ނިންމައިފި އެވެ. ޓެލެގްރާމް މަޝްހޫރު ވެފައިވަނީ ރައްކާތެރި މެސެޖިން ޕްލެޓްފޯމެއްގެ ގޮތުގަ އެވެ. އޭގެ ސަބަބުން އެހެން ބައެއް ޕްލެޓްފޯމުތަކުން ލިބޭ ހިދުމަތްތައް ޓެލެގްރާމް އިން ނުލިބޭ ކަމަށް ޓެލެގްރާމް އިން ގަބޫލުކުރެ އެވެ. އެހެންކަމުން މަގުބޫލު އަދި މުހިއްމު ފީޗާސްތައް ގެނައުމުގެ ގޮތުން ޓެލެގްރާމް އަށް ވީޑިއޯ ކޯލް ގެނައުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް ޓެލެގްރާމް އިން ވަނީ ބުނެފަ އެވެ. ޓެލެގްރާމްގައި މިހާރުވެސް ވީޑިއޯ ކޯލްގެ ހިދުމަތް ބޭނުންކުރެވެ އެވެ. އެހެންނަމަވެސް އެ ހިދުމަތަކީ މެސެޖެއްގެ ގޮތުގައި ވީޑިއޯ ފޮނުވޭ ކަހަލަ ގޮތަކަށް އިންނަ ހިދުމަތެކެވެ. ޓެލެގްރާމް އިން ބުނީ، ވީޑިއޯ ކޯލްގެ ހިދުމަތް ތައާރަފުކުރާއިރު އެ ހިދުމަތަކީ ޔޫސާ ފްރެންޑްލީ ހިދުމަތަކަށް ވާނެ ކަމަށެވެ. އަދި ގްރޫޕް ވީޑިއޯ ކޮންފަރެންސް ކުރާނެ ރަނގަޅު ގޮތްތަކެއް ހޯދުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށް ވަނީ ޓެލެގްރާމް އިން ބުނެފަ އެވެ. ޓެލެގްރާމް އިން މިހެން ބުނެފައިވަނީ އެކުންފުނީގެ ޔޫސަރުންގެ އަދަދާއި ކާމިޔާބީތައް ހާމަކުރުމަށް ނެރުނު ބަޔާނެއްގަ އެވެ. އެކުންފުނިން ބުނިގޮތުގައި ފާއިތުވި ދެ އަހަރުގެ ތެރޭގައި ޓެލެގްރާމްގެ ޔޫސަރުންގެ އަދަދު ވަނީ ދެގުނައަށް އިތުރު ވެފައި ކަމަށެވެ. އެގޮތުން މިހާރު ޓެލެގްރާމްގެ ޔޫސަރުންގެ އަަދަދު ވަނީ 400 މިލިއަނަށް އަރާފައި ކަމަށް ޓެލެގްރާމް އިން ބުނެ އެވެ.
ޓެލެގްރާމް އަށް ވީޑިއޯ ކޯލް ހިދުމަތް ތައާރަފުކުރަނީ
ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް ވެކްސިނެއް ލިބުނަސް، ނުލިބުނަސް ގައުމު ހުޅުވާލާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެެވެ. އެމެރިކާގައި ކޮވިޑް ހަލުވިކަމާއެކު އަދިވެސް ބަލި ދަނީ ފެތުރެމުންދެއެވެ. ނަމަވެސް ޓްރަމްޕް ވިދާޅުވީ ވެކްސިނަކާ ނުލާވެސް އާންމު ދިރިއުޅުމަށް ރުޖޫއަވާން ޖެހޭ ކަމަށެވެ. " މިހާރުވެސް އެކި ވައިރަސްތަކާ ހުމާ އެއްޗެތި އުޅޭ ވެކްސިނެއް ނެތް. ހަމަ އެއާ ކުރިމަތިލައިގެން އުޅެނީ އެ ފަދަ ބަލިތައްވެސް މަޑުމަޑުން ދޭ. ލަފާކުރަނީ އަންނަ ހަރީފް މޫސުމަށް ސްކޫލްތައް ހުޅުވަން" ޓްރަމްޕް ވިދާޅުވިއެވެ. މިއަހަރު ނިމުމުގެ ކުރިން ވެކްސިނެއް އުފައްދަން މިހާރު ވަޏީ ބޮޑު ޕްރޮޖެކްޓެއްވެސް ފަައިފައެެވެ. "އޮޕަރޭޝަން ވޯޕް ސްޕީޑް"ގެ ނަމުން ނަން ދީފައިވާ އެ ޕްރޮޖެކްޓްގެ ދަށުން 14 ވެކްސިނެއް އުފައްދަން ދިރާސާކުރަން ވަނީ ނިންމައިފައެވެ. ޓްރަމްޕް ވަނީ އެ ވެކްސިން ޕްރޮޖެކްޓް، ދެވަނަ ބޮޑު ހަނގުރާމަގައި ނިއުކުލިއާ ބޮން އުފައްދަން ކުރި "މެންހެޓަން ޕްރޮޖެކްޓް" އާއި އެއްފަދަ ކޮށްފައެވެ. އަދި މިއީ މެންހެޓަން ޕްރޮޖެކްޓަށްފަހު އެމެރިކާގައި ހިންގާނެ އެންމެ ބޮޑު ޕްރޮޖެކްޓްކަަމަށްވެސް ޓްރަމްޕް ވަނީ ފާހަގަކުރައްވައިފައެވެ. އެ ޕްރޮޖެކްޓްގައި އިސްކޮށް އުޅުއްވަނީ ކުރިން މަޝްހޫރު ފާމަސޫޓިކަލް ކުންފުނި ވެކްސިން ޑިވިޝަން ހިންގެވި މޮންސެފް ސްލައޯއީއެވެ. މިއަހަރު ތެރޭގައި ވެކްސިނެއް އުފައްދަން އަމާޒު ހިފާފައި ހުއްޓަސް އެ މުއްދަތުގެ ތެރޭގައި ވެކްސިނެއް އުފެެއްދިދާނެކަމާމެދު ތަޖުރިބާކާރުން ސުވާލުއުފައްދައެވެ. މޮންސެފް ވިދާޅުވީ އެނާ މަގާމާ ހަވާލުވީ އެހާ ކުރު މުއްދަތެއްގެ ތެރޭގައި ވެކްސިނެއް އުފެއްދޭނެކަމާމެދު ޔަގީންކަން އޮތުމުން ކަމަށެވެ. އަދި މިއަހަރު 100 އެއްހާ މިލިއަން ވެކްސިން ޑޯޒް ދެވޭނެކަމަށް އެނާ ވިދާޅުވިއެވެ. ކޮރޯނާ ޖެހިފައިވާ 1.5 މިލިއަން މީހަކު އެމެރިކާއިން ފެނިފައިވާއިރު ބަލީގައި 90،000 އެއްހާ މީހުން ވަނީ މަރުވެފައެވެ. ބީބީސީ
ވެކްސިނެއް ލިބުނަސް، ނުލިބުނަސް ގައުމު ހުޅުވާލަނަން: ޓްރަމްޕް
އޭޑީކޭ ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ޓެސްޓުކުރުމުގެ އިންތިޒާމުތައް ހަމަޖެހި އެ ހޮސްޕިޓަލުން ބައްޔަށް ޓެސްޓުުކުރަން ފަށައިފި އެވެ. މިރޭ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އެންއީއޯސީގެ ސްޕޯކްސްޕާސަން މަބްރޫކު އަޒީރު ވިދާޅުވީ އޭޑީކޭ ހޮސްޕިޓަލުން ކޮވިޑް-19 އަށް ޓެސްޓުުކުރަން ފައްޓާފައިވާ ކަމަށެވެ. "އޭޑީކޭގައި ޓެސްޓުކުރަން ފެށިއްޖެ، އެބޭފުޅުންގެ އަންދާޒާއަކީ ދުވާލަކު 500 ޓެސްޓު އެބޭފުޅުންނަށް ހެދޭނެކަމަށް." މަބްރޫކު ވިދާޅުވި އެވެ. މަބްރޫކު އިތުރަށް ވިދާޅުވި ގޮތުގައި އައިޖީއެމްއެޗުގައި މިހާރު ދަނީ އާ އެކްސްޓްރެކްޝަން މެޝިނެއް އިންސްޓޯލުކުރަމުންނެވެ، އެ މަސައްކަތް ނިމުމާ އެކީ އައިޖީއެމްއެޗުގައި ޕީސީއާރު ޓެސްޓިންގް ކެޕޭސިޓީ 700 އަށް އިތުރުވެގެންދާނެ ކަމަށް މަބްރޫކު ވިދާޅުވި އެވެ. އޭޑީކޭ އަދި އައިޖީއެމްއެޗުގެ އިތުރުން ފުލުހުން މެދުވެރިކޮށްވެސް ޓެސްޓުކުރުމުގެ އިންތިޒާމުތަކެއް ރާޢްޖޭގައި ވަނީ ހަމަޖެހިފަ އެވެ. ފުލުހުން މެދުވެރިކޮށް 145 ޕީސީއާރު ޓެސްޓު ދުވާލެއްގެ މައްޗަށް ހެދޭނެކަމަށް މަބްރޫކު ވަނީ ނޫސްވެރިންގެ ބައްދަުވުމުގައި ވިދާޅުވި އެވެ. "އޭގެ އިތުރުން މިހާރު އަޅުގަނޑުމެން ގަންނަން މަސައްކަތްކުރާ އިތުރު ޕީސީއާރު މެޝިނުގެ ތެރެއިން ބަޔޯފަޔާގެ ދެ މެޝިން މިހާރު ހުރީ ޓްރާންސިޓުގައި އިންޑިޔާގައި. އެ ދެމެޝިން ބޭނުން ކުރާނީ ޓްރީޓޮޕް ހޮސްޕިޓަލުގައި އަދި އައިޖީއެމްއެޗުގައި. މި ދެ މެޝިން މި އަންނަ ހަފްތާގެ ތެރޭގައި ރާއްޖެއަަށް ގެނެވޭނެކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ." މަބްރޫކު ވިދާޅުވި އެވެ. ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވް ކޭސްތަކުގެ އަދަދު ހުރީ 1،216 ގަ އެވެ. ލޮކްޑައުންގެ ބައެއް ފިޔަވަޅުތަކަށް ދޫދިނުމަށް ސަރުކާރުން މިހާރު ނިންމާފައިވާއިރު އެފަދަ ހާލަތެއްގައި ރާއްޖޭގައި ޓެސްޓުކުރެވޭނެ އިންތިޒާމުތައް އިތުރަށް ވަރުގަދަ ކުރާނޭކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ. ސަރުކާރުން ރާއްޖޭގައި ފަތުރުވެރިކަން އަލުން ފެށުމަށް އެކުލަވާލައިފައިވާ ގައިޑްލައިންގައިވެސް ވަނީ ރާއްޖެއަށް އަންނަ ކޮންމެ ފަތުރުވެރިޔަކު މި ބައްޔަށް ޓެސްޓުކުރެވިގެންދާނޭކަމަށް ބުނެފައެވެ.
އޭޑީކޭ ހޮސްޕިޓަލުގައި ކޮވިޑަށް ޓެސްޓުކުރަން ފަށައިފި
މިހާރު ފެތުރެމުންދާ ކޮވިޑް-19ގެ ހާލަތު ޖަރުމަނުގައި ކޮންޓްރޯލުކޮށް އަލުން ވިޔަފާރިތައް ފެށުމާއެކު ތަފާތު ގޮތަކަށް އިޖުތިމާއީ ގައިދުރުކަމަށް އަމަލުކޮށް ކެފޭއެއް ހުޅުވައިފި އެވެ. އެއީ މޫދަށް ދާއިރު ގެންގުޅޭ ނޫޑްލް ބޮލުގައި އަޅުވައިގެންނެވެ. ޖަރުމަނުގެ ޝްވޭރިންގައި އިއްޔެ އަލުން ހުޅުވާފައިވާ ކެފޭ ރޯތުގައި ކަސްޓަމަރުން އިޖުތިމާއީ ގައިދުރުކަމަށް އަމަލުކުރުމުގެ ގޮތުން ކޮންމެ މީހެއްވެސް ވަނީ ބޮލުގައި ނޫޑްލް އެއް އަޅާފައެވެ. އެ ނޫޑްލްގެ ދުރުމިނަކީ އެހެން މީހަކު އޭގައި ނުޖެހި އަދި ކައިރި ނުވެ ހުންނަން ޖެހޭ ދުރުމިނެވެ. އެ ކެފޭ އިއްޔެ ހުޅުވާފައިވަނީ އިޖުތިމާއީ ގައިދުރުކުރުމަށް އަމަލު ކުރުމަށް ބުނާ މޮޓޯއަކާއެކުގައެވެ. އަދި އެކަމަށް އަމަލު ކުރާ ފަރާތްތަކަށް ކެފޭއިން ހިދުމަތް ލިބޭއިރު ކަސްޓަމަރުންނަށް ބޭރުގެ މަންޒަރު ބަލާލައި ރަނގަޅު މޫސުމެއްގައި ކެފޭގެ ހިދުމަތް ލިބިގެން ދާނެއެވެ. ކެފޭ އަލުން ހުޅުވުމުގެ މުނާސަބަތުގައި ކެފޭގެ އޯނަރު، ޖެކްލީން ރޯތު، ވަނީ ކަސްޓަމަރުން ކެފޭގައި ތިބި ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. "މިއީ ހުރިހާ ކަސްޓަމަރުންނަށްވެސް އިޖުތިމާއީ ގައިދުރުކުރުމުގެ މިންގަނޑު ގާއިމުކުރުމަށް ލިބޭ ފުރުސަތެއް. އަދި މިއީ ވަރަށް ކޮށްލަން މަޖާވެސް ކަމެއް،" ރޯތު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެއެވެ. ކޮވިޑް-19 އަށްފަހު ދުނިޔޭގެ ކަންކޮޅުތަކުގެ ހިދުމަތް މެދުކަނޑާލުމަށްފަހު "ނިއު ނޯމަލް" އަކަށް ބަދަލުކޮށް ހިދުމަތްތައް ދިނުމުގެ މަސައްކަތް ދަނީ ގިނަ ބަޔަކު ކުރަމުންނެވެ. އެގޮތުން ނިއު ނޯމަލްއަށް ވާސިލުވުމަށްޓަކައި އެކި ގައުމުތަކުން ދަނީ ތަފާތު މަސައްކަތްކުރަމުންނެވެ.
ޖަރުމަނުގައި އިޖުތިމާއީ ގައިދުރުކަން ނޫޑްލް ބޭނުންކޮށްގެން
އެހެން އަހަރުތަކުގެ ރަމަޟާން މަހާ ހިލާފަށް މި އަހަރުގެ ރަމަޟާން މަސް އަހަރެމެންނާ ބައްދަލުކުރި އިރު، ހާލަތު މިވަނީ ބަދަލުވެފައެވެ. ރައްޓެހިންނާއި އާއިލާ އާއެކު ވަގުތު ހޭދަކުރެވޭ ގޮތް ބަދަލުވެ ދުރުގައި ތިބި މީހުންނާ މުއާމަލާތް ކުރާ ވަސީލަތަކީ ފޯނާ ވީޑިއޯ ކަމުގައި މިވަނީ ވެފައެވެ. މި ހާލަތާ ގުޅިގެން ދިވެހި މުޖުތަމައު ގުޅުވާލަ ދިނުމަށް އުރީދޫ އިން މިއަހަރުގެ ރަމަޟާން މަހުވެސް ވަނީ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ތައާރަފުކޮށްފައެވެ. ޑެއިލީ ޑޭޓާ ކޮންބޯ އުރީދޫގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް ތައާރަފްކޮށްފައިވާ ޑެއިލީ ޑޭޓާ ކޮމްބޯގައި ހިމެނެނީ މުޅި ދުވަހަށް ބޭނުންކުރެވޭ އެއް ޖީބީ ޑޭޓާ އަދި އަންލިމިޓެޑް ކޯލްސް އެވެ. އެންމެ 35 ރުފިޔާ އަށް ލިބޭ މި ޕެކޭޖް އެކްޓިވޭޓް ކުރެއްވުމަށް *929*1# އަށް ޑައިލްކޮށްލާށެވެ. ނުވަތަ http://ore.do/app އަށް ޒިޔާރަތްކޮށްލާށެވެ. 50 ޕަސެންޓް އިތުރު ޑޭޓާ އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުން މި ރަމަޟާން މަހު އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރާ ކޮންމެ މަންތްލީ ޑޭޓާ ޕެކަކާއި އެކު 50 ޕަސެންޓް ޑޭޓާ އިތުރަށް ލިބޭނެއެވެ. ފަސް ގުނަ ބޯނަސް ޑޭޓާ އުރީދޫ އެޕް މެދުވެރިކޮށް ކުރާ 50 ރުފިޔާ އަށް ވުރެ މަތީގެ ކޮންމެ ރިޗާރޖަކާއި އެކު ފަސް ގުނަ ޑެއިލީ ޑޭޓާ ބޯނަސް ލިބޭނެއެވެ. ނަމާދު އެލާޓް، ވައިބާ އަދި އެސްއެމްއެސް މެދުވެރިކޮށް ވައިބާ އާއި އެކު އުރީދޫއިން ފޯރުކޮށްދޭ މި ހިދުމަތާއި އެކު، ނަމާދު އެލާޓް މި ރަމަޟާން މަހު ލިބިގަތުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އުރީދޫ އިން ބުންޏެވެ. މިކަމާއި ގުޅޭ ވައިބަރ ސްޓިކާ ޕެކް ޑައުންލޯޑް ކޮށް، ނަމާދު އެލާޓް އެކްޓިވޭޓް ކުރެވޭނެ ކަމަށް އުރީދޫ އިން ބުންޏެވެ. ނަމާދު އެލާޓު މުޅިން ހިލޭ ނަމާދު އެލާޓް އެސްއެމްއެސް އެއްގޮތުގައި ހިލޭ ހޯދުމަށް “GO” ޖެހުމަށްފަހު ފަހު 4777 އަށް އެސްއެމްއެސް ކޮށްލާށެވެ. އަދި “Ramadan” ޖެއްސެވުމަށް ފަހު 4000 އަށް އެސްއެމްއެސް ކުރައްވައިފެން ރީތި ޓިއުންސް މެދުވެރިކޮށް ކީރިތި ގުރުއާންގެ އާޔަތްތައް ހިލޭ ލިބޭނެ ކަމަށް އުރީދޫ އިން ބުންޏެވެ. އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ މި އަހަރުގެ ރަމަޟާން މަސް ވެގެންދާނީ އެންމެނަށްވެސް ވަރަށް ތަފާތު ރަމަޟާން މަހަކަށް ކަމަށެވެ. އާއިލާ އާއި އެކުވެރިން އެއްތަންވެ، ޒަމާނުއްސުރެ ފާހަގަކުރަމުން އައި ބައެއް ކަންކަން މި ފަހަރު ކުރެވެން ނެތްކަން ފާހަގަ ކުރައްވާ ނަޖީބް ހާން ވިދާޅުވީ މުޖުތަމައަށް ކުރިމަތިވެފައިވާ މި އުނދަގޫ ހާލަތުގައި ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް އެންމެން އެކު އެކީ ގުޅުވާލަދިނުމަކީ އުރީދޫ އިން އިސްކަންދޭ ކަމެއްކަމަށެވެ. އެހެން އަހަރުތަކެކޭ އެއްފަދައިން އުރީދޫ މޯލްޑިވްސްއިން ގެނެސްދޭ ރޯދަމަހަށް ޚާއްޞަ ވީޑިއޯއިން ދައްކުވައިދެނީ އުންމީދުން ފުރިގެންވާ މެސެޖެކެވެ. މިއަހަރުގެ ވީޑިއޯއިން ދައްކައިދެނީ ތަފާތު އަށް ގައުމެއްގައި، ސްމާޓްފޯނު މެދުވެރިކޮށް ނަގައިފައިވާ މަންޒަރު ތަކެކެވެ. އެންމެން އެއްތަންވެ ވަގުތުހޭދަނުކުރެވޭފަދަ ޙާލަތެއްގައިވީނަމަވެސް، ހިތްވަރުގަދަކޮށް އެ އުފާވެރިކަމާ ގާތްކަން، ޑިޖިޓަލް ނެޓްވަރކްގެ އެހީގައި އެންމެނާއި އެކު ބޭއްވޭނެކަން މުޖުތަމައުތަކަށް ހަނދާން ކޮށްދޭ މެސެޖަކާއެކުއެވެ.
މި ރޯދަމަހުވެސް އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް
ދުބާއީން ގެންނަން ހަމަޖެހިފައިވާ 75 ވެންޓިލޭޓަރުގެ ތެރެއިން 10 ވެންޓިލޭޓަރު މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ. ކޮވިޑް-19 ރޯގާ ނުރައްކާތެރި ހާލަތަކަށް ގޮސްދާނެ ވަގުތަކަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއަށް 200 ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އެ ވެންޓިލޭޓަރުތަކާއެކު، މިހާރު ޖުމްލަ 129 ވެންޓިލޭޓަރު އެބަހުރި ކަމަށެވެ. ކޮވިޑް-19 އާ ގުޅިގެން 149 ވެންޓިލޭޓަރު ގަތުމަށް ތިން ކުންފުންޏަކާ އެކު ހަތަރު އެއްބަސްވުމެއް ހަދާފައިވާ ކަމަށް އޭސީސީގެ ރިޕޯޓްގައި ވަނީ ބުނެފަ އެވެ. އެ ވެންޓިލޭޓަރުތަކުގެ ތެރެއިން މިހާތަނަށް ރާއްޖެ ގެނެސްފައިވަނީ 22 ވެންޓިލޭޓަރު ކަމަށް ވެސް ވަނީ ބުނެފަ އެވެ. ވެންޓިލޭޓަރު ގަތުމަށް ހަވާލު ކުރި ތިން ކުންފުނި: ނާޑު ޕްރައިވެޓް ލިމިޓެޑް (24 ވެންޓިލޭޓަރު) މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (50 ވެންޓިލޭޓަރު) އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ، ޑުބާއީ (75 ވެންޓިލޭޓަރު) ކޮވިޑް19ގެ ނުރައްކާތެރި ހާލަތަކަށް ތައްޔާރުވުމަށް ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމަށް ކުންފުނިތަކާ ހަވާލުކޮށްފައި ވަނީ ބިޑް ނުކޮށް ކަމަށާއި، އެގޮތަށް އެކަން ނިންމީ ވަރަށް އަވަހަށް ވެންޓިލޭޓަރުތައް ބޭނުންވާތީ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
ދުބާއީން 10 ވެންޓިލޭޓަރު ގެނެސްފި، މިހާރު 129 އެބަހުރި
އެސްޓީއޯގެ ވިޔަފާރި ރަނގަޅުވެ، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް އެކުންފުންޏަށް ލިބިއްޖެ އެވެ. އެސްޓީއޯގެ މާލީ ރިޕޯޓުން ދައްކާ ގޮތުގައި މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު 141 މިލިއަން ރުފިޔާ ނުވަތަ ހަ ޕަސެންޓު އިތުރު އަދަދެކެވެ. ފުރަތަމަ ކުއާޓަރުގައި އެސްޓީއޯގެ މާލީ އުސްއަލިތަކަށް ބަލާއިރު، އެކުންފުންޏަށް ޖުމުލަ ފައިދާގެ ގޮތުގައި 358 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު 28 މިލިއަން ރުފިޔާ ނުވަތަ ނުވަ ޕަސެންޓު އިތުރުވުމެކެވެ. ޖުމުލަ ފައިދާއާއެކު ކުންފުނީގެ ސާފު ފައިދާ ވެސް މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 82 މިލިއަން ރުފިޔާ ލިބުނު ނަމަވެސް މި ކުއާޓަރުގައި އެ އަދަދު ވަނީ 114 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އެސްޓީއޯގެ އާމްދަނީއާއި ފައިދާއަށް މި ކުއާޓަރުގައި އިތުރުވުމެއް އައިއިރު، ކުންފުނީގެ ހަރަދުތައް މި ކުއާޓަރުގައި 37 މިލިއަން ރުފިޔާ ދަށްކޮށްފައިވެ އެވެ. އެގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ހަރަދުތަކަށް 248 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މި ކުއާޓަރުގައި ހަރަދުތަކަށް ހިނގާފައިވަނީ 211 މިލިއަން ރުފިޔާ އެވެ. ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއިން ވަނީ އެކުންފުނީގެ 99.99 ޕަސެންޓުގެ ހިއްސާއާއެކު މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީގެ ނަމުގައި ޝިޕިން ވިޔަފާރީގެ ތެރެއަށް ވެސް ވަދެފަ އެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް މާލީ ކުރިއެރުންތަކެއް ލިބުނު ނަމަވެސް، ކުއާޓަރު ނިންމާލީ ކޮވިޑް19 ޕެންޑެމިކްއާ ގުޅިގެން އިގްތިސާދު ހީނަރުވާން ފެށި ދުވަސްވަރުގަ އެވެ. އެއާއެކު އެސްޓީއޯގެ ވަސީލަތްތައް މިކަމާ ގުޅުން ހުރި ކަންކަމަށާއި އާންމުންގެ ބޭނުންތަކަށް ހާއްސަކޮށް، ކާޑުގެ ބާވަތްތަކާއި ތެލާއި ސިއްހީ ވަސީލަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރަން ފަށާފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ.
2،5 ބިލިއަން ރުފިޔާގެ އާމްދަނީއާއެކު އެސްޓީއޯއަށް ތިޔާގި ކުއާޓަރެއް
"ޤަތާދާ ދަރިފުޅާ މި ވަގުތު ކޮންތާކަށް ތިޔަ ދަނީ؟" ރިފާޢު އެހިއެވެ. "އަހަރެން މި ދަނީ މި ވާހަކަ ﷲ ގެ ރަސޫލާއަށް ދަންނަވާން. މި މައްސަލަ ބެއްލެވޭނީ އެކަލޭގެފާނަށް." ޤަތާދާ ބުންޏެވެ. "އަހަރެން ވެސް ދާނަން." ރިފާޢު ބުންޏެވެ. "ނޫން. މި ވަގުތު ބޮޑުބޭބެ ދުރުވާނެ ކަމެއް ނެތް. މައްސަލަ ތަހުގީގު ކުރެއްވުމުގެ ގޮތުން ބޮޑުބޭބެއާ ސުވާލު ކުރެއްވުމަށް ﷲ ގެ ރަސޫލާ ބޭނުންފުޅު ވުމުން އެކަން ބޮޑުބޭބެއަށް އަންގަވާނެ." ޤަތާދާ ބުންޏެވެ. އެހެން ބުނެފައި ޤަތާދާ ހިނގައިގަތުމުން ރިފާޢު އޭނާއަށް ގޮވައިލިއެވެ. "ދަރިފުޅާ ޤަތާދާ!" "ލައްބަ ބޮޑުބޭބޭ." ޤަތާދާ ޖަވާބު ދިނެވެ. "ގެއަށް ގެންދާނެ ގޮދަންކޮޅެއް ހިފައިގެން ދޭ." ރިފާޢު ބުންޏެވެ. "ﷲ ބޮޑުބޭބެއަށް ރިޒުގު ތަނަވަސް ކޮށްދެއްވައި، ބޮޑުބޭބެގެ މުދަލުގައި ބަރަކާތްލައްވާށި!" ޤަތާދާ އުފަލުން ފޮޅުނެވެ. ***** "ޔަގީން. މިހާރު ރަސޫލު ﷲ ގެފާނަށް އޮންނާނީ މި ކަން އެނގިވަޑައިގެންފައި. ވައްކަން ކުރީ އަހަރެން ކަން." ޠުޢުމާ ބުންޏެވެ. "ކަލެއަށް ހަމަ ޔަގީން ތަ؟" ޠުޢުމާގެ އެކުވެރިޔާ މުބައްޝިރު އެހިއެވެ. "ޤަތާދާ މިހާރު ވާނީ އެ ވާހަކަ އެކަލޭގެފާނަށް ދަންނަވާފަ. ޤަތާދާއަށް އަހަރެން އެ ގޯނި ކޮނޑަށް ލައިގެން ދަނިކޮށް ފެނުނު. އަދި އޭނާއަށް އެއީ އަހަރެން ކަން ވެސް އެނގުނު." ޠުޢުމާ ބުންޏެވެ. "ކަލޭ ވައްކަން ކުރީ އަހަރެމެން ބުނެގެންނެއް ނޫން. ތިޔައީ ކަލޭ އަމިއްލައަށް ކުރި ކުށެއް. ތިޔަ ކުށުގެ ޒިންމާ އުފުލާން ޖެހޭ ކަލޭ." ޠުޢުމާގެ އަނެއް އެކުވެރިޔާ ޔަސްރިފު ބުންޏެވެ. "މިއީ މަލާމާތް ކުރުމާއި ކުށްވެރި ކުރުމުގެ ވަގުތެއް ނޫން. ތިޔައީ އަހަރެންގެ ގަބީލާގެ މީހުން. އަހަންނާ އެންމެ ގާތް މީހުން. އަހަރެން ހިމާޔަތް ކޮށް ދިނުމަކީ ކަލޭމެން ކުރާން ޖެހޭ ކަމެއް. އަދި އަހަންނަށް ކުށެއް ކުރެވުނަސް. އެހެންނޫނީ އަހަރެން އެކަންޏެއް ނޫން، މުޅި ޚަޒްރަޖު ވަންހަ ވެސް ބަދުނާމު ވާނެ." ޠުޢުމާ ބުންޏެވެ. "އެ ބުނީކީ ވެސް މުޅިޔަކުން ގޯސް ވާހަކައެއް ނޫން. މި ކަން ސިއްރު ނުކުރެވިއްޖެ ނަމަ އައުސު ވަންހައިގެ މީހުން ކުރާ މަލާމާތާއި ފުރައްސާރައިން މަގުމައްޗަށް ނުކުންނާކަށް ނުކެރޭނެ." މުބައްޝިރު ބުންޏެވެ. "އެހެންވީ އިރު، ކިހިނެއް ހަދާނީ؟" ޠުޢުމާ އެހިއެވެ. "އެ ތަކެތި ހިފައިގެން ގޮސް ކަލޭގެ އަވަށްޓެރި ޒައިދުގެ ގޭގެ ގޯތިތެރޭގައި ވަޅުލާ." މުބައްޝިރު ބުންޏެވެ. "ތިޔައީ ރަނގަޅު ޚިޔާލެއް މުބައްޝިރު. އޭރުން ވައްކަމުގެ ތުހުމަތު ކުރެވޭނީ ޒައިދުގެ މައްޗަށް. އެކަމަކު... މަގުމަތީން އަހަރެން ފެނުނު ޤަތާދާގެ މައްސަލަ ހަމަޖައްސާނީ ކިހިނެއް؟" ޠުޢުމާއަށް މުބައްޝިރު ދިން ޚިޔާލު ވަރަށް ކަމު ދިޔައެވެ. ޠުޢުމާ ކަންބޮޑުވަނީ ޤަތާދާއަށް އޭނާ މަގުމަތީން ގޯނި ކޮނޑަށް ލައިގެން ދަނިކޮށް ފެނިފައިވާތީއެވެ. "އަހަރެމެން ދާނީ ރަސޫލާގެ އަރިހަށް. ގޮސް ދަންނަވާނީ ޒައިދު ނަމަކަށް ކިޔާ ޔަހޫދީ ކަލޭގެ ވައްކަން ކުރަނިކޮށް އަހަރެމެން ދުށީމޭ." މުބައްޝިރު ބުންޏެވެ. "ތިޔަ ކަން ތިޔަ ގޮތަކަށް ނުކުރެވޭނެ. ތިޔަ ބުނީ އަހަރެން ގޮސް ﷲ ގެ ރަސޫލާގެ ކުރިފުޅު މަތީގައި ދޮގު ހެކި ދޭށޭތަ؟ ދޮގު ހެކި ދިނުމުގައި އަހަރެން ބައިވެރިއެއް ނުވާނަން." ޔަސްރިފު ބުންޏެވެ. "އެހެންވީއިރު، އަނގަ މަޑުން ލައިގެން ހުރޭ! މި ވާހަކަތައް އެއްވެސް މީހަކާ ހިއްސާ ނުކުރާތި!" ޠުޢުމާ ބުންޏެވެ. "އަހަރެން ދާނަން. އަދި ހެކިބަސް ދޭނެ އިތުރު ދެ މީހަކު ގޮވައިގެން އަހަރެން ދާނީ. މައްސަލައެއްގައި ހުކުމް ކުރާ އިރު، އެކަކުގެ ހެކި ބަހަށް ވުރެ ވަރުގަދަ ވާނީ ތިން މީހުންގެ ހެކި ބަސް." މުބައްޝިރު ބުންޏެވެ. "ވީއިރު އަވަސް ކުރޭ! ލަސް ނުކުރޭ!" ޠުޢުމާ ބުންޏެވެ. ޠުޢުމާ އެހެން ބުނުމާ އެކު މުބައްޝިރު ހިނގައިގަތެވެ. އަދި ޔަސްރިފު ވެސް އެ ތަނުން ނުކުތުމަށް ހިނގައިގަތެވެ. ***** "ކަމުގެ ހަގީގަތް ދެނެތިބެ ޚަޒްރަޖު ވަންހައިގެ ޒުވާނުންގެ ތެރެއިން ބަޔަކު އެކަން ސިއްރު ކުރުމަށް އެ އުޅުނު އުޅުމާ މެދު ތިޔަ ކުދީންގެ ރައުޔަކީ ކޮބާ؟" ގާޒީ ޞަފިއްޔުއްދީނު އެއްސެވިއެވެ. "އަޅުގަނޑަށް ހީވަނީ ގަބީލާ ބަދުނާމު ވިޔަ ނުދިނުމުގެ ގޮތުން ގަބީލާއަށް ޓަކައި އެމީހުން ކަންތައް ކުރީ ރަނގަޅަށް ހެން. އަދި އެހެންނޫނީ ދެ ގަބީލާގެ މެދުގައި ތަޅާފޮޅުމާއި ލޭއޮހޮރުވުން އަލުން ފެށުނީސް." އަމީރު ޞަފިއްޔުއްދީނު ވިދާޅުވިއެވެ. "އެކަމަކު އެމީހުން މި ކަމުގައި ހަގީގަތާ ހިލާފު ވެ ދޮގު ހެދީ. ދޮގު ހެދުމަކީ ޙަރާމް ކަމެއް." އަމީރާ ޞަފާ ވިދާޅުވިއެވެ. "އެއީ ކުޑަކުޑަ ދޮގެއް. ބޮޑު ކަމަކުން ސަލާމަތް ކުރުމުގެ ގޮތުން ކުޑަކުޑަ ދޮގެއް ހެދިޔަސް ރަނގަޅު ވާނެ ކަމަށް ފެންނަނީ." އަމީރު ޞަފިއްޔުއްދީނު އޭނާ ދެކެވަޑައިގަންނަވާ ގޮތް ހާމަ ކުރެއްވިއެވެ. "ދަރިފުޅާ ސަލްމާ! މި ކަމުގައި ދަރިފުޅުގެ ރައުޔަކީ ކޮބާ؟" ގާޒީ ޞަފިއްޔުއްދީނު އޭނާގެ ދަރިކަނބަލުން ކުރެން އެއްސެވިއެވެ. "ބައްޕާ! އަޅުގަނޑަކަށް ނޭނގޭ. ދެ ބަޔަކު ސުލްހަ ކުރުވުމުގެ ގޮތުން ދޮގު ހެދުން ހުއްދަ ކަމަށް އަޅުގަނޑު ވެސް އަޑު އަހަން." ސަލްމާ ވިދާޅުވިއެވެ. "ދަރިފުޅުމެންނޭ! ކުށެއްގެ ތުހުމަތުން ބަރީއަ ވުމުގެ ގޮތުން ދޮގު ހެދުމާއި ސަރިޔަތުގެ މަޖިލީހުގައި ދޮގު ހެކި ދިނުމަކީ އެއް ގޮތަކަށް ވެސް ހުއްދަ ކަމެއް ނޫން. އަދި އެއީކީ ކުޑަކުޑަ ކަމެއް ވެސް ނޫން. އެހެންނަމަވެސް ދެމަފިރިޔަކު ސުލްހަ ކުރުމުގެ ގޮތުން ތިމާއަށް އެނގި ހުރި ބައެއް ވާހަކަ ސިއްރު ކުރުމާއި ބައެއް ކަންކަމާ މެދު ދެމަފިރީން ކުރެ މީހަކު ސުވާލުު ކުރުމުން، ތިމަންނައަށް ނޭނގެޔޭ، ތިމަންނަ އަޑެއް ނާހަމޭ، ތިމަންނަ ނުދެކެމޭ. ބުނުން ފަދަ ކަންކަން ހުއްދަ ކަމުގައި އިލްމުވެރީން ވިދާޅުވޭ. މިއީކީ އެކަހަލަ ކަމެއް ނޫން. މިއީ ސަރިޔަތުގެ މަޖިލީހުގައި ދޮގު ހެކި ދިނުމުގެ ހާދިސާއެއް." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ. "ވާހަކަ ނިމުނީ ތޯ؟ ދޮގު ހެކި ދިނުމުން ދެން ވީ ގޮތެއް ވެސް އެނގޭން ބޭނުން." ސަލްމާ ވިދާޅުވިއެވެ. "ނޫން. ދަރިފުޅާ! ވާހަކަ ނިމުނީކީ ނޫން. އެހެން ނަމަވެސް، މި ވަގުތަކީ ގައިލޫލާގެ ވަގުތު. ކުޑަކޮށް އޮށޯވެލާން ބައްޕަ ބޭނުން. ދަރިފުޅުމެން ވެސް ކޮޓަރިޔަށް ގޮސް އަރާމު ކޮށްލާ. ދެން މިރޭ ޢިޝާ ނަމާދުކޮށްގެން އަޝާޔަށް ފަހު، ވާހަކަ ކުރިޔަށް ގެންދާނީ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ. އެއަށް ފަހު ބައްދަލުވުންތައް ނިންމުމުގެ ގޮތުން ކުރާ ދުުޢާ ވިދާޅުވިއެވެ. "ދަރިފުޅުމެން ކާފަޔާ ސަލާމް ކޮއްލާފައި މަންމަގެ ކޮޓަރިއަށް އާދޭ." ކޮޓަރިޔާ ދިމާއަށް ހިނގަވައިގަންނަމުން ސަލްމާ ވިދާޅުވިއެވެ. "ކާފައަށް ފުރިހަމަ ޞިއްޙަތެއް ދެއްވާށި!" އަމީރު ޞަފިއްޔުއްދީން އޭނާގެ ކާފައާ ސަލާމް ކޮށްލައްވަމުން ވިދާޅުވިއެވެ. "ދަރިފުޅަށް ވެސް." "އަރާމު ކޮށްލައްވާން ވަޑައިގަންނަވާ. ދެން އަޅުގަނޑުމެން ބައްދަލު ވާނީ އިޝާ ނަމާދަށް ފަހު، އަޝާގެ ވަގުތުގައި." އަމީރާ ޞަފާ ވިދާޅުވިއެވެ. "އިންޝާ ﷲ." ކޮންމެ ދުވަހަކު ވެސް މެންދުރު، ގައިލޫލާގެ ވަގުތުގައި އޮށޯންނެވުމަކީ ގާޒީ ޞަފިއްޔުއްދީނުގެ އާދައެކެވެ. ފަތިހު އަވަހަށް ހޭލުމާއި ގައިލޫލާގެ ވަގުތުގައި އަރާމު ކޮށްލުމާއި ރޭގަނޑު އަވަހަށް ނިދުމަކީ ސިއްހަތު ސަލާމަތުން ހުރުމުގެ ގޮތުން ކޮންމެހެން ކުރާން ޖެހޭ ކަންކަން ކަމުގައި ހަކީމުން ބުނުއްވާ އަޑު އޭނާ އައްސަވައެވެ. ގައިލޫލާގެ ވަގުތު ނިމުމުން ތެދުވެވަޑައިގެން ނާނޭފުޅު ފިއްލެވުމަށް ފަހު، ކޮންމެ ދުވަހަކު ވެސް އޭނާ ނުކުމެވަޑައިގަންނަވަނީ އަސްރު ނަމާދަށް މިސްކިތަށް ވަޑައިގަތުމަށެވެ. އަސްރު ނަމާދުން ނިމިވަޑައިގެން އަވަށުގެ ތެރޭގައި ހިންގެވުމަކީ އޭނާގެ އާދައެކެވެ. މިހެން ނުކުމެވަޑައިގެން އެއް ތަނެއްގައި މާ ގިނަ ވަގުތު މަޑެއް ނުކުރައްވައެވެ. އެހެންނަމަވެސް މީހުންނަށް ސަލާމް ގޮވައިލައްވައި ވާހަކަ ދައްކަވައި ހައްދަވައެވެ. ދެން ގެޔަށް ވަޑައިގަންނަވަނީ މަޣުރިބު ނަމާދު ކުރައްވައިގެންނެވެ. މެންދުރު ނަމާދާއި މަޣުރިބު ނަމާދާ ދެމެދު ގޭގެޔަށް ޒިޔާރަތް ކުރެއްވުމަކީ އޭނާ ކުރައްވާ ކަމެއް ނޫނެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މެންދުރު ނަމާދާއި އަސްރު ނަމާދާ ދެމެދު އޮންނަ ވަގުތު ކޮޅަކީ އަރާމު ކުރުމަށާއި އާއިލާގެ މީހުންނާ ވާހަކަ ދައްކާލުމަށް އޮންނަ ވަގުތެކެވެ. އެއީ މަސައްކަތާއި ޒިޔާރަތުގެ ވަގުތެއް ނޫނެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ރަށުތިބީން ގޭގެޔަށް ޒިޔާރަތް ކުރާން ވާނީ ހެނދުނުއެވެ. އަދި މެންދުރުގެ ކެއުމަށް ފަހު އެ ޒިޔާރަތް ނިންމައިލާން ވާނެއެވެ. ދަތުރެއް ކޮށްފައި އަންނަ މީހާ ނަމަ ކޮންމެ ވަގުތެއްގައި ވެސް އައިސް މެހުމާނެއްގެ ގޮތުން މަޑުކޮށްލެވޭނެއެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އަސްރު ނަމާދުގެ ފަހުން ގޮސް މަޣުރިބު ނަމާދާ ހަމަޔަށް އޮންނަ ވަގުތަކީ ހިތްހަމަ ޖެއްސުމުގެ ގޮތުން ބޭރު ތެރެއަށް ނުކުމެ، މަގުމަތީން ދިމާވާ ދަންނަ މީހުންނާ ވާހަކަ ދައްކާލައި، ނުވަތަ ބަގީޗާއަކަށް ނުވަތަ އަތިރިމައްޗަށް ގޮސް އާބުހަވާ ރަނގަޅު ކޮށްލުމުގެ ވަގުތެވެ. މަޣުރިބު ނަމާދާއި ޢިޝާ ނަމާދާ ދެމެދު އޮންނަ ވަގުތު ނުވަތަ އިޝާ ނަމާދަށް ފަހު ގޭގެއަށް އަންނާނީ ރަށުން ބޭރުން އަންނަ މީހުންނެވެ. އެމީހުންނަކީ ވެސް އެ ގޭގައި މެހުމާނުންގެ ގޮތުން މަޑު ކުރާން އަންނަ ބަޔަކަށް ނުވާ ކަމަށް ވާ ނަމަ، މުހިއްމު ވާހަކަތައް ބުނެފަައި އަވަހަށް ދާން ވީއެވެ. މަޣުރިބު ނަމާދާއި ޢިޝާ ނަމާދާ ދެމެދު އޮންނަ ވަގުތަކީ ރަށުތިބީން ކީރިތި ޤުރްއާން ކިޔަވައި، ކޮންމެވެސް ރަނގަޅު ފޮތެއް މުތޯލިއާ ކޮށްލުމުގެ ވަގުތެވެ. އިޝާ ނަމާދަށް ފަހު އަޝާ ކޮށްލައިގެން ގޭގެ ކުދީންނަށް އިބްރަތްތެރި ވާހަކަ ކިޔައި ދިނުމާއި ކޮންމެވެސް ފިލާވަޅެއް ނަގައިދިނުން އޮންނާނެއެވެ. އިޝާ ނަމާދަށް ފަހު ދެ ގަޑި އިރަށް ވުރެ ގިނައިން ހޭލައި ހުންނެވުމަކީ އޭނާގެ އާދައެއް ނޫނެވެ. އަވަހަށް އަވަހާރަ ލެއްޕެވުމަށް ފަހު ދަމު ނަމާދަށް ތެދުވެވަޑައިގަތުމަކީ އޭނާގެ އާދައެކެވެ. ގާޒީ ޞަފިއްޔުއްދީނު ގެންގުޅުއްވާ ހަރުދަނާ އަދި ތަހުޒީބު އާދަތަކުގެ ސަބަބުން މީހުން އޭނާއަށް ވަރަށް ގަދަރު ކުރެއެވެ. އެއްމެން ވެސް އޭނާ ދެކެނީ ނަމޫނާއެއްގެ ގޮތުގައެވެ. ސަލްމާއަކީ އޭނާގެ ހަމައެކަނި ދަރިކަނބަލުންނެވެ. ސަލްމާއާ ކައިވެނި ބައްލަވައިގެން އުޅުއްވަނީ އުސްމާނީ ޚިލާފަތުގެ ޚަލީފާގެ ދޮށީ ދަރިކަލުން އަދި ވަލީ އަހުދެވެ. ***** ގަޑިއެއްހައި އިރު އަރާމު ކޮށްލެއްވުމަށް ފަހު ގާޒީ ޞަފިއްޔުއްދީން ހޭފުޅުލައްވައިފިއެވެ. ހޭފުޅުލައްވައިގެން އޭނާ ވެންނެވީ ހައްމާމަށެވެ. - ނުނިމޭ -
ސަލްމާއާއި ގުރްއާނުގައިވާ ރީތި ވާހަކަތައް 4
މިދިޔަ އަހަރު ޖުލައި މަހު ރިލީޒްކުރި ޑާކްރެއިން އެންޓަޓެއިންމަންޓުގެ ކާމިޔާބު ފިލްމު "މާމުއި" ވެގެންދިޔައީ ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑަށް މަގްބޫލުކަމެއް ލިބިގެން ދިޔަ ފިލްމަކަށެވެ. ފިލްމު ސްކްރީންކުރުމާއެކު ފިލްމުގައި ހިމެނޭ މޮޅެތި ޑައިލޮގުތަކުން ސޯޝަލް މީޑިއާ ފުރިގެންދިޔައެވެ. "ވެން ޔޫ މީޓް ޔޯ ބޭ އާފްޓާ ލޮކްޑައުން" ކެޕްޝަން އާއެކު ޑާކްރެއިނުން އާންމުކުރި ވީޑިއޯއާއެކު އަނެއްކާވެސް މީހުން މިވަނީ "މާމުއި" ބަލާހިތްވެފަ އެވެ. ޝީލާ ނަޖީބު އާއި އަހްމަދު ސުނީ އެ ވީޑިއޯއިން ފެނިގެންދާއިރު އެ ކްލިޕުން ފެނިގެންދަނީ ދެތަރިންގެ ވެސް ފަރި ނެށުންތަކެވެ. "މާމުއި" އަކީ ވަރުގަދަ ކޮމެޑީއެއްކަން މި ފިލްމު ބެލި މީހުންވެސް އިއްތިފާގުވިއެވެ. މިހާރު އާންމުން އެންމެ އިންތިޒާރުކުރަނީ ލޮކްޑައުން ހާލަތުގައި ގޭގައި ތިބެ އޮންލައިންކޮށް "މާމުއި" ބަލައިލެވޭނެ ދުވަހަކަށެވެ. އާއިލާ އާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށް މި ފިލްމު ބަލައިލަން ގިނަ ބަޔަކު އެދެއެވެ. އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލުގެ ވާހަކައެއްގެ މައްޗަށް ހެދި އެ ފިލްމުގެ ޕްރޮޑިއުސަރަކީ މުހައްމަދު އަލީ (މޮގާ)އެވެ. ފިލްމުގެ ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ)އެވެ. މިއީ އެއް ފަހަރުން ބަލައިލަގެން ނިންމާލެވޭ ވަރުގެ ފިލްމެއް ނޫނެވެ. ކިތަންމެ ގިނަ ފަހަރު ފިލްމު ބެލިޔަސް ފޫހިނުވާނެ ކަން ގައިމެވެ. ޑާކްރެއިނުން މިހާރު އަންނަނީ "މާމުއި"ގެ ޕްރީކުއަލް "ފައްކަލޭ"ގެ މަސައްކަތްކުރަމުންނެވެ. އެމީހުންގެ ފުރަތަމަ ވެން ސީރީޒްގެ ޝޫޓިން ފެށިތަނާހެން ލޮކްޑައުންވުމުން ސީރީޒްގެ ޝޫޓިންތައް ވަނީ މެދުކެނޑިފަ އެވެ. ފައްކަލޭގެ މައިގަނޑު ކެރެކްޓާތަކަކީ އަހުމަދު ސުނީ (ރީތި އިއްސެ) އާއި އަބްދުﷲ ޝާފިއު (ހައްޕު)ގެ ކެރެކްޓާ އެވެ. އޭގެ އިތުރުން މި ސީރީޒްގައި މަރިއްޔާ (ރޮމާނީ)ގެ ބައެއް ވެސް ހިމެނޭނެ އެވެ. އެ ތަރިންގެ އިތުރުން ވެސް މާމުއި ގައި ހަރަކާތްތެރިވި މުހިންމު ކެރެކްޓާތަކެއް މި ސީރީޒްއިން ފެނިގެންދާނެ އެވެ. އަދި ހަމޫދު އާއި ކާއްޓޭވެސް ފެންނާނެ އެވެ.
"މާމުއި" އަދިވެސް ބަލައިލަން ބޭނުންވެފައި
ޖަލުގައި ފުޅައަޅާފައިވާ ކާނާ ދޭ ކަމަށް ބުނާ ވާހަކަތައް ހޯމް މިނިސްޓްރީން ދޮގުކޮށްފި އެވެ. ހޯމް މިނިސްޓްރީން މިރޭ ބުނީ އެއްވެސް ގައިދީއެއްގެ ފަރާތުން ޖަލުގައި ފުޅައަޅާފައިވާ ކާނާ ދޭ ކަމުގެ ޝަކުވާއެއް އެ މިނިސްޓްރީއަށް ލިބިފައި ނުވާ ކަމަށެވެ. "ޖަލުގައި ފުޅައަޅާފައިވާ ކާނާ ދޭ ކަމަށް ބުނެ މީޑިއާގައި ފަތުރާ ވީޑިއޯއަކީ މިހާތަނަށް ބެލިބެލުމުން އެނގޭ ގޮތުގައި ގޮޅި ތެރޭގައި ކާއެއްޗެހި ކުނި ވަންދެން ގިނަ ދުވަހު ފޮރުވައިގެން ނަގާފައިވާ ވީޑިއޯއެއް." ހޯމް މިނިސްޓްރީން ބުނެ އެވެ. މިކަމާ ގުޅޭގޮތުން ގައިދީންނާ ވެސް ސުވާލުކޮށްފައިވާ ކަމަށާއި ނަމަވެސް މިފަދަ ކަމެއް ހިނގިކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ. މިފަދަ ކަމެއް ހިނގިތޯ އިތުރަށް ބެލުމަށްޓަކައި ހިއުމަން ރައިޓްސް ކޮމިޝަނުގައި ވެސް ހޯމް މިނިސްޓްރީން މިހާރު ވަނީ އެދިފަ އެވެ.
ޖަލުގައި ފުޅައަޅާފައިވާ ކާނާ ދޭ ކަމަށް ބުނާ ވާހަކަތައް ހޯމް މިނިސްޓްރީން ދޮގުކޮށްފި
ކޮރޯނާވައިރަހާ އެކު ރާއްޖޭގެ އިގްތިސާދު އެނބުރެމުން މި ދަނީ އަނިޔާވެރި ބުރެއްގެ ތެރޭގަ އެވެ. އިގްތިސާދު ބަންދުވެފައި އޮތުމުން ދައުލަތަށް ފައިސާ ލިބޭނެ މަގުތައް ވަނީ ގާތްގަނޑަކަށް ހުއްޓިފަ އެވެ. އެކަމަކު ދައުލަތް ހުއްޓާލައިގެން ރައްޔިތުންނަށް ހިދުމަތް ނުދީ ތިބެވޭކަށް ވެސް ނެތެވެ. އެކަމަކު، ފައިސާ ހޯދެން ހުރި މަގުތައް ވެސް އޮތީ ގާތް ގަނޑަކަށްހެން ބަންދުވެފަ އެވެ. އެ ގޮތްވެސް މި ގޮތް ވެސް ރަނގަޅެއް ނޫނެވެ. އެހެން ވެސް މިހެން ވެސް ވާކަށް ނެތެވެ. އެހެން ވީމާ، ސަރުކާރުގެ ކުރިމަތީ އޮތީ މިހާރު ދެ ޗޮއިސް އެކެވެ. ހޯދުނު ގޮތަކުން ފައިސާ ހޯދައިގެން އިގްތިސާދުގެ ތެރެެއަށް ގެނެސް ދައުރުކުރުމެވެ. ނޫނީ ސަރުކާރަށް ލިބޭނެ ކަމަށް ލަފާވާ 15.26 ބިލިއަން ރުފިޔާގެ އާމްދަނީއަކާ އެއްވަރަށް ހަރަދުތައް ކޮށައި މަށާލައި ކުޑަކޮށްލުމެވެ. މިއިން ކޮންމެ ކޮޅެއް ސަރުކާރުން ހިޔާރު ކުރި ނަމަވެސް މޮޅާއި ދެރަ އެބަ އޮތެވެ. ކުރިން ލަފާކޮށްލަންވެސް އެނގިފައި ނެތް މި ހާލަތެއް އަހަރުމެންނާ ކުރިމަތިވެފައިވާ އިރު، މީގެ ތެރެއިން އެއްވެސް ގޮތަކީ ހުދާއި ކަޅުން ރަނގަޅާއި ނުބައިގެ ގޮތުގައި ބެލޭނެ ކަންކަމެއް ނޫނެވެ. ވަރަށް އުނދަގޫ ދުވަސްތަކެއްގައި އަދި ދިގު މުއްދަތެއްގައި އެމްއެމްއޭގެ ގަވަރުނަރުކަން ކުރެއްވި، އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ، ޑރ. ފަޒީލް ނަޖީބު "ސަން"އަށް ވިދާޅުވި ގޮތުގައި މި ދެގޮތުން ކުރެ ކޮންމެ ގޮތަކީ ވެސް، އިގްތިސާދީ ޕްރިންސިޕަލްތަކުން ބަލާއިރު ރަނގަޅު ގޮތެއް ނޫނެވެ. އެކަމަކު، މިވަގުތު ނެރެން ޖެހޭ ނަތީޖާ ނެރުމަށް ލޯ މަރާލާފައި ހިތި ބޭސް ބޯންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. މާޗް 22، 2020: މަސްމާރުކޭޓު ސަރަހައްދުގައި ދޯނިން މަސް ބޭލުމުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ އޭނާގެ ނަޒަރުގައި އެންމެ ބޮޑު އިސްކަމެއް ދޭންވީ އިގްތިސާދު މަރުނުވެ ހިފެހެއްޓޭނެ ގޮތަކަށެވެ. ސަރުކާރުގެ ކުރިމަތީގައި އޮތް ދެ ގޮތުން ކުރެ ކޮންމެ ގޮތެއް އިހުތިޔާރު ކުރި ނަމަވެސް، އޭގެ ނުބައި އަސަރުތަކެއް ދުރު މުސްތަގުބަލުގައި އިގްތިސާދަށް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު މިއީ އެކަމާ ވިސްނަންވީ ވަގުތު ނޫން ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. "މިހާރު ވެސް އަޅުގަނޑުމެންގެ އިގްތިސާދު ވަރަށް ބޮޑަށް ސަފާ މިކުރަނީ. އިގްތިސާދުގެ ސޯބުތައް މަސައްކަތް ނުކޮށް ހުއްޓިފައި އެ ހުރީ. އަޅުގަނޑުމެން ބަލަންވީ އިގްތިސާދުގައި މިހިރަ ބަހާތައް މަރުނުވެ ދެން ހިފެހެއްްޓޭނެ ގޮތަކީ މިވަގުތަށް ކޮބައިތޯ. ރައްޔިތުން އިތުރަށް ބިކަ ނުވެ، ހާލުގައި ނުޖައްސާ މިވަގުތު ކޮންކަމެއްތޯ ކުރެވޭނީ. އަޅުގަނޑަށް ހީވަނީ ފިނޭންސް މިނިސްޓަރުގެ ވިސްނުން މިވަގުތަށް އެ ހުރީ އެގޮތަށްހެން. އިގްތިސާދު އެކީ މަރުނުވެ މިވަގުތަށް ވެސް ދިރުމެއް ގެނުވޭނެ ގޮތަކަށް ވިސްނުން އެ ބައްޓަން ކުރައްވަނީ،" ޑރ. ފަޒީލް ވިދާޅުވި އެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުން މަޖިލީހުގައި އެދިވަޑައިގަތީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑްކޮށް، ޕަބްލިކް ބޭންކް އެކައުންޓުން އޯވަޑްރޯ ކުރެވޭ ލިމިޓް 4.4 ބިލިއަން ރުފިޔާއަށް ބޮޑުކޮށްދިނުމަށެވެ. އެއީ މިދިޔަ ތިން އަހަރު ތެރޭ ދައުލަތަށް އެވްރެޖްކޮށް ލިބިފައިވާ އާމްދަނީގެ 20 ޕަސެންޓްގެ އެއްވަރުގެ އަދަދެކެވެ. މިހާރު، އެގޮތަށް އޯވަޑްރޯ ކުރެވެނީ 220 މިލިއަނެއްހާ ރުފިޔާ އެވެ. އެއީ މިދިޔަ ތިން އަހަރުގެ އާމްދަނީގެ އެއް ޕަސެންޓެވެ. މި ހުއްދައަށް މިނިސްޓަރު އެދިވަޑައިގަންނަވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި 14 ދުވަހުގެ ތެރޭ އެގޮތަށް ނަގާ ފައިސާ މިހާރު ދައްކަން ޖެހުނު ނަމަވެސް އެމުއްދަތު އެއް އަހަރަށް ދަމާލަ ދިނުމަށް ވެސް އެދިފައިވެ އެވެ. އެއާ އެކު، މަޖިލީހުގެ މެންބަރުންގެ މެދުގައި ހިޔާލުތައް ވަނީ ދެކަފިވެފަ އެވެ. އެއްބައި މެންބަރުން ވިދާޅުވާ ގޮތުގައި މިއީ ފައިސާ ޗާޕްކޮށް ސާކިއުލޭޝަންގެ ތެރެއަށް ދޫކޮށްލުމެވެ. އެއާ އެކު އިގްތިސާދު އެކީ ފުނޑުފުނޑުވެދާނެ އެވެ. އަނެއްބައި ބޭފުޅުން ވިދާޅުވަނީ މިއީ ހިފެހެއްޓުމެއް ނެތި ހިތުހުރި ގޮތަކަށް ހަރަދު ކުުރުމަށް މިނިސްޓަރަށް ދެވޭ "ބްލޭންކު ޗެކެއް" ކަމަށެވެ. އެކަމާ ފާޅުގައި ދެކޮޅު މެންބަރުންތަކެއް އެބަތިއްބެވި އެވެ. މިއީ ސިޔާސީ ބޭބޭފުޅުންނަށް ސަރުކާރުގެ އަޅަން ވިސްނާފައިވާ މި ފިޔަވަޅު ތަރުޖަމާކުރެއްވުނު ގޮތެވެ. އެކަމަކު، އިގްތިސާދީ ނަޒަރިއްޔާއެއްގައި ސަރުކާރުން ކުރަން މި އުޅޭ ކަމަކީ ކޮބައި ހެއްޔެވެ؟ އެ ފިޔަވަޅުގެ ސަބަބުން އަހަރުމެން ދައްކަން ޖެހޭނެ އަގަކީ ކޮބައިހެއްޔެވެ؟ އަހަރުމެންނަށް އެ ނޫން ގޮތެއް އަޅެ އެބައޮތް ހެއްޔެވެ؟ ޕަބްލިކް ބޭންކް އެކައުންޓަކީ ކޮބާ؟ އޯވަޑްރޯ ކުރުމަކީ ކޮބާ؟ މިނިސްޓަރު އެދިވަޑައިގަންނަވަނީ ޕަބްލިކް ބޭންކް އެކައުންޓުން 4.4 ބިލިއަން ރުފިޔާ ނެގުމުގެ ފުރުސަތު އެއް އަހަރު ދުވަހަށް މަޖިލީހުން އެމަނިކުފާނަށް ދެއްވުމަށެވެ. މީގެ މާނައަކީ ކޮބައި ހެއްޔެވެ؟ މަރުކަޒީ ބޭންކު އެމްއެމްއޭއަކީ ދައުލަތުގެ ބޭންކެވެ. ދައުލަތަށް ވަންނަ އާމްދަނީ ޖަމާކުރަނީ މި ބޭންކުގައި ހުންނަ ދައުލަތުގެ ބޭންކް އެކައުންޓަށެވެ. ޕަބްލިކް ބޭންކް އެކައުންޓަކީ މި ދެންނެވި، ދައުލަތުގެ އާމްދަނީ ޖަމާވާ ސަރުކާރުގެ އެކައުންޓަށް ކިޔާ ނަމެކެވެ. ދައުލަތުގެ ހަރަދުތައް ކުރަނީ މި އެކައުންޓް މެދުވެރިކޮށެވެ. ދިމާވެގެން އުޅޭ ހާލަތަކީ އެ އެކައުންޓްގައި ފައިސާ ނެތް ވަރަށް ދައުލަތުން ހަރަދު ކުރަން ޖެހިފައި ވުމެވެ. އެއާ އެކު، އެމްއެމްއޭއިން ޖެހެނީ ސަރުކާރަށް އޯވާ ޑްރާފްޓް (އޯޑީ ފެސިލިޓީއެއް) ނޫނީ އެކައުންޓްގައި ފައިސާ ނެތް ނަމަވެސް، ބޭނުންވާ އަދަދަށް ފައިސާ ދޫކުރާށެވެ. އެއީ ދައުލަތުން، އެމްއެމްއޭއަށް ދަރާ ވިކުން ކަމަށް ބުނެވިދާނެ އެވެ. ދުނިޔޭގެ ގިނަ ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް އޮންނަނީ ޑެފިސިޓް ބަޖެޓެކެވެ. އަދި ދައުލަތުގެ ހަރަދުތައް ހަމަޖައްސަނީ އެމްއެމްއޭގައި އޮންނަ ދައުލަތުގެ އެކައުންޓް، ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރާ ފައިސާއަކުންނެވެ. ޑރ. ފަޒީލް ނަޖީބު ވިދާޅުވި ގޮތުގައި، ރާއްޖޭގައި ޑެފިސިޓް ބަޖެޓެއް އޮންނާތީ، އަހަރު ނިމޭއިރު ޕަބްލިކް ބޭންކް އެކައުންޓް އޮންނާނީ އޯވަޑްރޯ ކުރެވިފަ އެވެ. ހިފެހެއްޓުންތަކެއްގެ ތެރެއިން ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުމަކީ އެއީ އާދަޔާ ހިލާފު އާ ކަމެއް ނޫން ކަމަށް ޑރ. ފަޒީލް ވިދާޅުވި އެވެ. ނޮވެމްބަރ 13، 2019: އެމްއެމްއޭގެ ގަވަރުނަރު ހާޝިމް މަޖިލީހުގެ ކޮމިޓީއެއްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ "އެއީ ކޭޝްފްލޯ ހަމަޖެއްސުމަށް އާ ކަމެއް ނޫން ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުމަކީ. ޑެފިސިޓް ބަޖެޓެއް އޮންނަ ކަމަށްވަންޏާ އަހަރު ނިމޭއިރު އޯވަޑްރޯވެފައި އޮންނާނީ. އެއީ އެކައުންޓަށް ވަންނަ އެއްޗަކަށް ވުރެ ގިނަ ހަރަދު ކުރަން ޖެހެންޔާ އެކަންވޭ އޭގެ ޒާތުގައި ވެސް. އެކަމަކު މިފަހަރު މި އުޅެނީ އެ އޯވަޑްރޯ ކުރާ އަދަދު ވަރަށް ބޮޑުވެގެން. އަޅުގަނޑަށް ހީވަނީ އެއީހެން މި ކޮންސާންއަކީ،" ޑރ. ފަޒީލް ނަޖީބު ވިދާޅުވި އެވެ. ފިނޭންސް މިނިސްޓްރީއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، އިގްތިސާދު މިހާރު އޮތް ހާލަތުގައި ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް، 13.23 ބިލިއަން ރުފިޔާ ސަރުކާރުން ހޯދަން ޖެހެ އެވެ. އެއީ ކުރިއަށް އޮތް ނުވަ މަސް ދުވަހަށް ބަލާ ނަމަ، މަހެއްގެ މައްޗަށް އެވްރެޖްކޮށް 1.5 ބިލިއަން ރުފިޔާ އެވެ. ޑރ. ފަޒީލް ނަޖީބު ވިދާޅުވި ގޮތުގައި ކޮރޯނާވައިރަހާ އެކު ދުނިޔޭގެ އިގްތިސާދުވެސް ހުއްޓި މި އަންނަ ލޮޅުންތަކަކީ ދުނިޔޭގެ އެއްވެސް ބަޔަކު ކުރިން ލަފާކޮށްފައިވާ ކަންތައްތަކެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި، ރާއްޖެއަށް ވުރެ މާ ބޮޑެތި ގައުމުތައް ވެސް އުޅެނީ ހަދާނެ ގޮތެއް ނޭނގިގެންނެވެ. އެއިރެއްގެ ހާލަތަށް ބަލައި ކުއްލި ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ. އެގޮތުން މި ހާލަތުގައި ދުނިޔޭގެ އެކި ގައުމުތަކުގެ މަރުކަޒީ ބޭންކުތަކުން ދައުލަތުގެ ބޭނުން ތަކަށް ސީދާ ފައިސާ އަންނަނީ ދޫކުރަމުންނެވެ. އަދި ރާއްޖެއަކީ އެގޮތަށް އަމަލު ކުރަން އުޅޭ ފުރަތަމަ ގައުމު ނޫން ކަމަށް ޑރ. ފަޒީލް ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އިނގިރޭސިވިލާތުގެ މަރުކަޒީ ބޭންކް، ބޭންކް އޮފް އިންގްލޭންޑުން ވަނީ އެ ގައުމުގެ ސަރުކާރުގެ ހަރަދުތަކަށް ސީދާ ފައިސާ ދޫކުރުމަށް ނިންމައިފަ އެވެ. އެގޮތުން، ވަޒީފާ ގެއްލޭ މީހުންނާއި އާންމު ގޭބިސީތަކާއި ވިޔަފާރިތަކަށް ދޭ އެހީގެ ފައިސާއަށް ސީދާ ބޭންކް އޮފް އިންގްލޭންޑުން ސަރުކާރަށް ފައިސާ ދޭނެ އެވެ. އެގޮތުން 20 ބިލިއަން ޕައުންޑް އިނގިރޭސި ސަރުކާރަށް ދޫކުރާނެކަމަށް ބޭންކް އޮފް އިންގްލޭންޑުން ހާމަކޮށްފައިވެ އެވެ. މިއީ، މިފަހުގެ ތާރީހެއްގައި ވެސް ބޭންކް އޮފް އިންގްލޭންޑުން ސީދާ ސަރުކާރަށް މިހާ ގިނަ އަދަދަކަށް ފައިސާ ޕަމްޕް ކުރާ ފުރަތަމަ ފަހަރެވެ. ޑރ. ފަޒީލް ވިދާޅުވި ގޮތުގައި ރާއްޖެއަށް ވުރެ މާ ބޮޑެތި ދުނިޔޭގެ ބާރުތަކުން އެ ގޮތަށް އަމަލު ކުރަން މަޖުބޫރުވީ ރައްޔިތުން ބިކަވުމުން ސަލާމަތް ކުރަން އެ ނޫން ގޮތެއް ނެތިގެންނެވެ. އިގްތިސާދެއް ހިންގަނީ ރައްޔިތުންނަށް ޓަކައި ކަމަށްވާއިރު ރައްޔިތުން ބިކަވުމަށް ދޫކޮށްލުމަކީ އެއްވެސް ދައުލަތަކުން ކުރާނެ ކަމެއް ނޫން ކަމަށް ފަޒީލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މިވަގުތު ދައުލަތުގެ ހަރަދުތައް ހަމަނުޖެއްސިއްޖެ ނަމަ ގައުމު ވެއްޓިގެން ދާނީ މާބޮޑެތި މައްސަލަތަކާއި ހަމަނުޖެހުންތަކުގެ ތެރެއަށް ކަމަށެވެ. ދައުލަތެއް ހިންގުމަށް މަރުކަޒީ ބޭންކުން ދައުލަތުގެ ހަރަދުތަކަށް ފައިސާ ދޫކުރުން ނޫން، ކުރު މުއްދަތުގެ ހައްލެއް ނެތް ކަމަށް އޭނާ ދެކެވަޑައިގަންނަވަނީ އެ ސަބަބުތަކާ ހުރެ އެވެ. ގައުމެއްގެ ތެރޭ ލޯ އެންޑް އޯޑާ ހިފެހެއްޓުމަށް މިވަގުތު އެހެން ހައްލެއް ނެތީ އެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުން ވެސް އެ އުސޫލަށް އަމަލު ކުރަން ފަށާފައި ވަނީ އެ ވިސްނުމުގެ ތެރެއިންނެވެ. އޭނާ ވިދާޅުވީ އެހީދޭން ހުރި ގައުމުތައް ވެސް ތިބީ ވަރަށް ހާލުގަ އެވެ. އަދި އެހީއެއް ހޯދުމަކީ އެތައް މަސްތަކެއްގެ މަޝްވަރާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ދުނިޔެ މިއަދު އޮތް ގޮތުން އެހީ ހޯދުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ. އޭނާ އަދި ފާހަގަ ކުރެއްވި ގޮތުގައި، އެމްއެމްއޭއިން ފައިސާ ނެގި ނަމަވެސް، ކިތަންމެ ކުޑަ އެހީއެއް ނޫނީ ލޯނެއް ވެސް ލިބެން އޮތް ނަމަ އެ ފައިސާ ދެނީ ކޮންބައެއްކަން ނުބަލައި ބޭރުގެ އެހީތައް ދައުލަތަށް ހޯދުން މުހިންމެވެ. އޭރުން އެމްއެމްއޭއިން ދޫކުރާ ފައިސާއަށް ލުއި ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމަކު މައްސަލައަކަށް ވަނީ މި ދަނޑިވަޅުގައި ރާއްޖެ ބޭނުން އަދަދަށް ފައިސާ ހޯދަން އުނދަގޫވުމެވެ. ސަރުކާރުން މިހާރު އަމާޒު ކުރަނީ ބޭރުގެ ފަރާތްތަކުން 223 މިލިއަން ޑޮލަރު ހޯދުމަށެވެ. އޭޕްރީލް 24، 2020: މާލެ ލޮކްޑައުންގައި އޮތްއިރު އާންމުން ހިނގާފައި ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ "މިސާލަކަށް އަޅުގަނޑުމެން ފައިނޭންޝަން ކްރައިސިސްގެ ދުވަސްވަރު 2014 ގައި އެންމެ 100 މިލިއަން ޑޮލަރު އެހީގެ ގޮތުގައި ބޭރުން ކޮމިޓްކޮށްގެން ނުލިބިގެން ވަރަށް ތާށިވި. ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ނެގި އެ ފައިސާ ރިއަލައިޒްވާން. އަދި މިހާރު މިއުޅެނީ އެއިރަށް ވުރެވެސް މާބޮޑު ކަންތައްގަނޑެއް ދިމާވެގެން. ގައުމުތައް އެހުރީ ލޮކްޑައުންގައި. ނޯމަލިސީއެއްގައި އެއްވެސް އިދާރާއެއް މަސައްކަތެއް ނުކުރޭ. އެހެން ވީމާ އެހީއެއް ހޯދުމަކީ ބޭރުން ބޮރޯކުރުމަކީ މިވަގުތަށް އަޅުގަނޑު ދަންނަވާނީ މިވަގުތަށް މުސްތަހީލު ކަމެކޭ،" ޑރ. ފަޒީލް ވިދާޅުވި އެވެ. ފިނޭންސް މިނިސްޓަރު މަޖިލީހަށް ފޮނުއްވި ކަރުދާހުގައި ވިދާޅުވެފައިވާ ގޮތުގައި ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް މިހާރުން މިހާރަށް ވެސް 4.2 ބިލިއަން ރުފިޔާ ބޭނުންވެ އެވެ. އެހެން ނޫން ނަމަ، ދައުލަތް ކޮށި އަރައި އާންމު ނިޒާމު ގެއްލިދާނެ ކަމުގެ އިޝާރާތް މިނިސްޓަރު ވަނީ ދެއްވައިފަ އެވެ. މިނިސްޓަރު ވިދާޅުވާ ގޮތުގައި މިވަގުތު ބޭރުގެ މާލީ ބާޒާރުގައި ރާއްޖެއިން ބޮންޑެއް ވިއްކައިގެން ފައިސާ ހޯދެން އޮތް ފުރުސަތުވެސް ކުޑަ އެވެ. ސަބަބަކަށް ވަނީ، ދުނިޔޭގެ މާލީ ބާޒާރުތައް ވެސް މިވަގުތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވުމެވެ. "އަޅުގަނޑުގެ ނަޒަރުގައި ދައުލަތުގެ ހުރިހާ ގުނަވަންތަކަކުން ބަލަން ވީ ދައުލަތް ފަންގްޝަން ކުރަން މަގުފަހިކޮށްދޭން. ސެންޓްރަލް ބޭންކުން ވެސް އެ ފައިސާ ދެއްވަން ޖެހޭނެ. އެހެން ނޫނީ ކިހިނެތްތޯ ދައުލަތް ފަންގްޝަން ކުރާނީ. އޭރުން ދައުލަތެއްގެ ބޭނުން ކެޑިގެން ގޮސް، ކޮންމެ މީހަކު އަމިއްލައަށް ލޯ އެ މީހުންގެ އަތް މައްޗަށް ލައިގެން ނިކުމެ ބޮޑު ހަމަނުޖެހުމަކަށް ގައުމު ވެއްޓިދާނެ. އަޅުގަނޑުމެން ބަލަންވީ އިކޮނޮމިކް ޕްރިންސިޕަލްއެއް ހިފެހެއްޓުންތޯ ނޫނީ ގައުމުގެ މަސްލަހަތަށް މިވަގުތު ފިޔަވަޅު އަޅާފައި ފަހުން އަންނަ ކަންކަމާ އަޅުގަނޑުމެން ފޭސްކުރާނީތޯ؟ އެއީހެން މިއަދު އަޅުގަނޑުމެން ކުރިމަތީ މި އޮތް ސުވާލަކީ،" ޑރ. ފަޒީލް ނަޖީބު ވިދާޅުވި އެވެ. އިތުރު ރުފިޔާ ނެރުމުން ދެންވާނީ ކިހިނެއް؟ މަޖިލީހުގެ ބައެއް މެންބަރުން، ސަރުކާރުން އަޅަން އުޅޭ ފިޔަވަޅު ސިފަ ކުރެއްވީ ދިވެހި ރުފިޔާ ޗާޕްކޮށް އިގްތިސާދުގެ ތެރެއަށް އޮއްސާލުން ކަމަށެވެ. ޓެކްނިކަލީ މިވަގުތުގައި ރުފިޔާ ޗާޕް ޖަހަނީ ނޫން ކަމަށް ވެދާނެ އެވެ. ސަބަބަކަށް ވަނީ، ކުއްލި ހާލަތަކަށް ބަލައި މަރުކަޒީ ބޭންކު އެމްއެމްއޭގައި ދިވެހި ރުފިޔާ ޗާޕްކޮށްގެން ގެނެސް ބަހައްޓާފައި އަބަދުވެސް ހުންނާތީ އެވެ. ފައިސާ ޗާޕް ކުރަނީތޯ ނޫންތޯ ބެލުން މިވަގުތަށް މުހިންމެއް ނޫނެވެ. ޗާޕް ކުރިއަސް ނުކުރިއަސް ކުރަން އުޅެނީ އެއްކަމެކެވެ. ދައުރުވާ ދިވެހި ރުފިޔާގެ ތެރެއަށް އިތުރު ރުފިޔާ ޕަމްޕް ކުރުމެވެ. އިގްތިސާދީ ހީނަރުކަމުގެ ސަބަބުން އިގްތިސާދުގެ ތެރެއިން ގެއްލިގެން ދިޔަ ފައިސާގެ ބަދަލުގައި ސަރުކާރުން ފައިސާތަކެއް އިގްތިސާދަށް ޕަމްޕް ކުރަނީ އެވެ. މިއީ، މީހެއްގެ ގައިން ވަރުދޫވާން ފެށުމުން އައިވީ ދީގެން ގައިގާ ވަރު ޖެއްސުން ކަހަލަ ކަމެކެވެ. ޑރ. ފަޒީލް ނަޖީބު ވިދާޅުވި ގޮތުގައި އިގްތިސާދީ ޕްރިންސިޕަލްގައި މަރުކަޒީ ބޭންކުން އެގޮތަށް ފައިސާ ނެރުމަކީ ކުރަން ބާރު އަޅާ ކަމެއް ނޫނެވެ. އޭގެ ސަބަބަކަށް ވަނީ އިމްޕޯޓަށް ބަރޯސާވެފައި އޮންނަ ރާއްޖޭގައި ޑޮލަރު ފަހައި ރުފިޔާ ދުވަން ފެށުމުން ރުފިޔާގެ އަގު ވެއްޓި އިންފްލޭޝަން ނޫނީ ތަކެތީގެ އަގުތައް ބޮޑުވުމުގެ ހާލަތް ކުރިމަތިވެދާނެތީ އެވެ. މަނީ ސާކިއުލޭޝަންއަށް އިތުރަށް ފައިސާ ނެރުމަކީ އާންމު ހާލަތުގައި ކުރަން ހެޔޮވާވަރު ކަމެއް ނޫން ކަމަށް ޑރ. ފަޒީލް ވެސް އެއްބަސްވެ ވަޑައިގަންނަވަ އެވެ. އޭޕްރީލް 22، 2020: ބާޒާރު މަތީގައި މީހަކު ފިޔާބަސްތާތަކެއް ބާލުވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ އެކަމަކު އޭނާ ވިދާޅުވީ، އާންމު ހާލަތް ބަދަލުވެ ހާއްސަ ހާލަތެއް ކުރިމަތިވެއްޖެ އެވެ. އޭނާގެ ވިދާޅުވި ގޮތުގައި މިވަގުތަށް މަނީ ސާކިއުލޭޝަން އިތުރު ކުރަން ޖެހެ އެވެ. އެހެން ނޫން ނަމަ، އަހަރުމެން ބަލާ ބަލާ ތިއްބާ ދެން އިގްތިސާދަށް ކުރިމަތިވާނެ ގެއްލުން މާބޮޑުވާނެ އެވެ. އެހެން ވީމާ މިއީ ދެ ނުބައި ތެރެއިން އެންމެ ކުޑަ ނުބައިގައި ހިފުމެވެ. ޑރ. ފަޒީލްގެ ލަފާކުރެއްވުމަކީ، މިވަގުތު ޑޮލަރަށް ޑިމާންޑް ދަށްވެފައި ވުމުން، މަނީ ސާކިއުލޭޝަން އިތުރު ކުރި ނަމަވެސް، ދިވެހި ރުފިޔާގެ އަގު ދަށްވެ، ތަކެތީ އަގު ބޮޑުވުމުގެ މައްސަލަ ކުރިމަތިނުވާނެ ކަމެވެ. އެއީ އާންމު ހާލަތެއްގައި އިގްތިސާދު އޮންނައިރު ދިވެހި ރުފިޔާ ސާކިއުލޭޝަނަށް ނެރުމުން ދިމާވެދާނެ ހާލަތެއް ކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖޭގެ މީހުން ޑޮލަރަށް ޑިމާންޑް ކުރަނީ، ބޭރުން ތަކެތި އިމްޕޯޓް ކުރުމަށެވެ. އަދި ރާއްޖެއިން ބޭރަށް ދަތުރު ކުރުމަށާއި ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ އާއި ބިދޭސީ މަސައްކަތްތެރިން ބޭރަށް ފައިސާ ފޮނުވުމަށް ޑޮލަރަށް މީހުން ޑިމާންޑް ކުރެ އެވެ. ޑރ. ފަޒީލް ވިދާޅުވި ގޮތުގައި އެ ހުރިހާ ޑިމާންޑެއް ވަނީ ގާތްގަނޑަކަށް މިހާރު ހުއްޓިފަ އެވެ. އަދި ތެޔޮ އަގުހެޔޮވުމާއި ރިސޯޓްތައް ހުއްޓިފައިވުމުން ރާއްޖެއިން އިމްޕޯޓަށް ކުރަން ޖެހޭ ހަރަދު ވަރަށް ބޮޑުތަން ވާނީ ކުޑަވެފަ އެވެ. އެހެންވެ، ކުރު މުއްދަތެއްގައި ޑޮލަރަށް އޮންނަ ޑިމާންޑް ބޮޑުވެ ދިވެހި ރުފިޔާގެ އަގު ވެއްޓުމުގެ ހާލަތް މެދުވެރިވުމަކީ ދުރު ކަމެއް ކަމަށް އޭނާ ލަފާކުރައްވަ އެވެ. "އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ ކުރު މުއްދަތެއްގައި ދިވެހި ރުފިޔާގެ އަގު ވެއްޓި ރުފިޔާ ޑިވެލިއުކުރަން ޖެހިދާނެއެކޭ. އެއީ އަދި ބުނަން ނޭނގޭ ކަމެއް. އަދި އެކަމާ ގުޅިގެން އިންފްލޭޝަން އުފުލޭނެ ވަރާ މި އެއްޗިހި މިއީ އަޅުގަނޑުމެން މުސްތަގުބަލުގައި ބަލަން ޖެހޭ ކަންކަން،" ފަޒީލް ވިދާޅުވި އެވެ. އެކަމަކު މިހާރު ޑިމާންޑް މިހުރި ގޮތަށްބަލާއިފައި އިގްތިސާދު އޯވަހީޓް ވެދާނެ ކަމަކަށް ނުބެލެވޭ،" އެހެން ނަމަވެސް، ޑިމާންޑާ މުދާ ބާޒާރުގައި މަދުވެ، އުފެދޭ ޑިމާންޑާ އެއްވަރަށް ސަޕްލައި ނުކުރެވި އިންފްލޭޝަން މައްޗަށް ދިޔުމަކީ، ދައުރުވާ ފައިސާ ސީދާ އިތުރުވުމާ އަދި ގުޅޭ މައްސަލައެއް ނޫނެވެ. ސަރުކާރުން މުށްބާރު ކުރާނަމަ އިތުރަށް ބިކަވާނެ ރާއްޖޭގެ އިގްތިސާދީ އިންޖީނު ހިންގާ އެންމެ ބޮޑު ހަރަދުވެެރިއަކީ، ދިވެހި ސަރުކާރެވެ. ގާތްގަނޑަކަށް 45،835 ވަޒީފާ އޮތީ ދައުލަތުގަ އެވެ. އެ މީހުންނަށް މުސާރަ އާއި އެލަވަންސްތަކަށް މި އަހަރު އެކަނިވެސް ހަރަދުކުރަން 8.68 ބިލިއަން ރުފިޔާ ބަޖެޓްކޮށްފައިވެ އެވެ. އެއީ ރިކަރަންޓް ހަރަދުގެ ގާތްގަނޑަކަށް 48 ޕަސެންޓް ވަރުގެ އަދަދެކެވެ. މިވަގުތު ދައުލަތުގެ ހަރަދު ކުޑަކުރާ ނަމަ ދެން ކުރެވެން އޮތް ކަމަކީ، ދައުލަތުގެ މުސާރަ ވެރިންގެ ސައިޒް ކުޑަކޮށްލުން ނުވަތަ މުސާރަތަކުން ބޮޑު ބައެއް އުނިކޮށްލުމެވެ. ސަބަބަކަށް ވަނީ، މިހާރުވެސް 37 ބިލިއަން ރުފިޔާގެ ބަޖެޓް ކޮށައި މަށައިގެން 30 ބިލިއަން ރުފިޔާއަށް ކުޑަކޮށްފައި ވާތީ އެވެ. ޕީއެސްއައިޕީގެ އާ މަޝްރޫއުތައް ފެށުން ވަނީ މިވަގުތަށް ހުއްޓާލައިފަ އެވެ. ސިޔާސީ މުވައްޒަފުންގެ މުސާރަތައް ވަނީ 20 ޕަސެންޓް ކުޑަކޮށްފަ އެވެ. އިގްތިސާދެއް ހިނގަނީ އާންމު ރައްޔިތުންގެ ޖީބުތައް ތަނަވަސް ވެގެން އަންނަ މިންވަރަކަށެވެ. ފިހާރަތަކާއި ސައިހޮޓާތަކާއި އެހެނިހެން ވެސް ވިޔަފާރިތަކުން މީހުންނަށް އެއްޗިހި ގަނެ ވިޔަފާރިކުރެވެނީ، އެ މީހުންގެ އަތުގައި ފައިސާ ހުރެގެންނެވެ. ވިޔަފާރިތަކަށް ފައިދާވެ ދައުލަތަށް ޓެކްސް ދެއްކެނީ އާންމުން އެތަންތަނުން ވިޔަފާރި ކުރީމަ އެވެ. ޑރ. ފަޒީލް ވިދާޅުވި ގޮތުގައި މިހާރު ވެސް ޓޫރިޒަމް ސެކްޓަރުން ގިނަ ވަޒީފާތަކެއް ގެއްލިފައިވާ އިރު، އޭގެ ނޭދެވޭ އަސަރު އިގްތިސާދަށް ވަރަށް ބޮޑުވާނެ އެވެ. އެތައް އާންމުންނެއް ބިކަވާނެ އެވެ. ވިޔަފާރިތަކުގެ އާމްދަނީ އެކަމުން ދަށްވާނެ އެވެ. އިގްތިސާދުގައި ތަކެއްޗާއި ހިދުމަތަށް އޮންނަ ޑިމާންޑް ވަރަށް ބޮޑަށް އޮންނާނީ މިހާރުވެސް ވެއްޓިފަ އެވެ. އެހެންވެ، މިވަގުތު ދައުލަތުގެ މުވައްޒަފުންގެ ސައިޒް ކުޑަކޮށްލުމާއި ސިވިލްސާވެންޓުންގެ މުސާރަތައް ކުޑަކޮށްލުން ފަދަ ކަންކަން އެއީ ކުރެވިދާނެ ނަމަވެސް ކުރަން ވަރަށް އުނދަގޫ އަދި އޭގެ ސަބަބުން އިގްތިސާދަށް އިތުރު ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އިގްތިސާދު ކިރިއާވެސް ދިރިދިރި އޮތުމަށް ސަރުކާރަށް މިވަގުތު ހަރަދުތައް ކުރުން މުހިންމުވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިވަގުތު އިގްތިސާދަށް ކިރިޔާވެސް އެހީއެއް ވެދެވޭނެ ހަމައެކަނި ބަޔަކީ ސަރުކާރުކަން ވެސް ޑރ. ފަޒީލް ފާހަގަ ކުރެއްވި އެވެ. މާލެ-ތިލަފުށި ބްރިޖުގެ ސާވޭއަށް ބޭނުންވާ މެޝިންތަކެއް ގެނެއުން - ސަން ފޮޓޯ/ އަހްމަދު ސައީދު "މިސާލަކަށް މިހާރުވެސް ޕީއެސްއައިޕީ އާ މަޝްރޫއެއް ނުފަށާ ގޮތަށް މި އޮތީ. އެ ފައިސާ އަކީވެސް ހަމަ ދިވެހި ކުންފުނިތަކަށް ގޮސްގެން އެ ފައިސާއިން އެ މީހުންގެ މުވައްޒަފުންގެ މުސާރަދީ އިގްތިސާދުގައި ދައުރުވާން ހުންނަ ފައިސާ. އެކަމަކު އެވެސް މިވަގުތަށް އެ މަޑުކޮށްލަން ޖެހުނީ. ދެން އަނެއްކާ އެހެން އޮއްވާ ސިވިލްސާވެންޓުންގެ މުސާރަ ކުޑަކޮށްފި ނަމަ، އެތައް ރައްޔިތުންނަކަށް އަސަރުކޮށް ވިޔަފާރީގެ ހަރަކާތްތަަކަށް މަޑު ޖެހުން އައުން އެކަށީގެންވޭ. ޑިމާންޑެއް ނެތިއްޔާ އިގްތިސާދު ހިނގައެއް ނުގަންނާނެ. މީހުން އަތުގައި ފައިސާއެއް ނެތިއްޔާ ޑިމާންޑެއް ނުއުފެދޭނެ. އެހެންވީމާ މިވަގުތު ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކުރުން އުނދަގޫ ކަމަކަށްވާނެ،" ޑރ. ފަޒީލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިވަގުތު އިގްތިސާދަށް ކިރިޔާވެސް ދިރުމެއް ގެނެވެން އޮތީ، ސަރުކާރަށް ކަމަށެވެ. ސަބަބަކަށް ވަނީ، ޓޫރިޒަމް ސިނާއަތް އެކީ ހުއްޓިފައިވުމެވެ. އަދި އެ ސިނާއަތް ފެށޭނެ ދުވަހެއް ވެސް ނޭނގުމެވެ. އެހެންވެ، އިގްތިސާދުގެ ސޯބުތައް އެކީ ނުހުއްޓި އެނބުރި އެނބުރި ހުރުމަށް ސަރުކާރުގެ ހަރަދުކުރުން މިވަގުތަށް ހުއްޓާލުން އެހާ ބުއްދިވެރި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ސަބަބަކަށް ވަނީ ޕްރައިވެޓް ސެކްޓާވެސް މިވަގުތު ހިނގައިގަނެވެން އޮތީ ސަރުކާރުން އެހީ ދީގެން ކަމަށްވާތީ އެވެ. އަދި އާންމު ރައްޔިތު މީހާވެސް ހުރީ ދައުލަތުގެ އެހީއަކަށް ބަލަބަލަ އެވެ. އެހެންވެ، އާންމު ރައްޔިތު މީހާއަށް ވެސް ސީދާ މާލީ އިނާޔަތެއް ދޭން ޖެހޭކަން ވެސް ޑރ. ފަޒީލް ފާހަގަ ކުރެއްވި އެވެ. އެގޮތުން، ގޭބިސީތަކަށް ފައިސާގެ އެލަވަންސެއް ދިނުމަށް އޭނާ ތާއީދު ކުރައްވަ އެވެ. ޑރ. ފަޒީލް ވެސް ގަބޫލު ކުރައްވަނީ ދެމެހެއްޓެނިވި އިގްތިސާދަކަށް ޕްރައިވެޓް ސެކްޓާ ބާރުވެރިކުރުވުމާއި އިގްތިސާދީ ހަރަކާތްތައް ފުޅާކުރުމަށް ސަރުކާރުން ސިޔާސަތުތައް އެކުލަވާލަން ޖެހޭ ކަމަށެވެ. އެކަމަކު އެއީ ދިގު ރާސްތާއަށް ރާވާފައި ހުންނަން ޖެހޭ ރޭވުންތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. މިވަގުތުވެސް ހަރަދު ކުރުމުގައި ސަރުކާރުން ޓްރާންސްޕޭރަންޓް ވާން ޖެހޭކަން ޑރ. ފަޒީލް ވެސް ފާހަގަ ކުރެއްވި އެވެ. ހާއްސަކޮށް އެމްއެމްއޭއިން ދޫކުރާ ފައިސާއިން ހަރަދުކުރެވޭ ގޮތުގެ ތަފްސީލް މަޖިލީހާއި އެމްއެމްއޭއާ ހިއްސާކުރުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "މަޖިލީހުގެ މެންބަރުން ފާހަގަ ކުރައްވާ ވަރަށް ރަނގަޅު ކަންބޮޑުވުމެއް އެބަ އޮތް. އެމްއެމްއޭއިން މިގޮތަށް ފައިސާ ދީގެން ސަރުކާރުން ހަރަދުކުރާއިރު އެ ހަރަދު ކުރާ ކަންކަން އެބަ ޖެހޭ އެނގެން. އެ ތަފްސީލަކީ އެނގެން ޖެހޭ އެއްޗެއް. މިވަގުތަށް ކޮންމެހެން ކުރަން ޖެހޭ ކަންކަމަށްކަން ހަރަދު ކުރާކަން އެ ޔަގީންކަން އެބަޖެހޭ ހުރިހާ އެންމެންނަށް އޮންނަން. އެ ޓްރަސްޓް އުފެއްދޭނީ މި ތަފްސީލްތައް މަޖިލީހަށް ވެސް ހާމަކުރައްވައިގެން. އެހެން ވީމާ ފިނޭންސް މިނިސްޓަރު އެ ތަފްސީލް އެމްއެމްއޭ އާއި މަޖިލީހާ ހިއްސާ ކުރައްވަން ޖެހޭ،" ޑރ. ފަޒީލް ވިދާޅުވި އެވެ. ރާއްޖޭގެ އިގްތިސާދު މިހާރު އޮތް ހާލަތު ފިނޭންސް މިނިސްޓަރު ސިފަކުރެއްވީ އިގްތިސާދު އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ. އިގްތިސާދު ވެންޓިލޭޓަރުން ނެރުމަށް ކޮންމެވެސް ވަރެއްގެ ދޫދިނުން ތަކެއް މިހާރު އޮތް ލޮކްޑައުންއަށް އަންނަން ޖެހެ އެވެ. އެހެން ނޫނީ އިގްތިސާދީ ހަރަކާތްތައް ހުއްޓި ގިނަ ދުވަސްވެ، ރާއްޖޭގެ އިގްތިސާދު އެކީ މަރުވެދާނެ ކަމުގެ ބިރު އެބަ އޮތެވެ. އިގްތިސާދީ ބޭފުޅުންގެ ވިސްނުމުގައި ވެސް، މިހާ ގިނަ ދުވަސް ވާނަމަ، ރާއްޖެ ދައްކަން ޖެހޭ އަގު ވަރަށް ބޮޑުވެދާނެ އެވެ. "އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް ސިއްހީ ބޭފުޅުން ވެސް ވީހާވެސް ބޮޑަކަށް ސިކުނޑިތައް ގާނުއްވައިގެން ނެރުއްވަން ކޮންމެވެސް ހައްލެއް މީހުންނަށް ހެލިފެލިވެ އުޅެ އެތެރޭގެ ވިޔަފާރިތައް ހިންގޭނެ ގޮތެއް ހޯދުން. އެއީ މީހުންނަށް ބޭރަށްވެސް ނިކުމެވިގެން މި އިގްތިސާދެއް ހިނގާނީވެސް،" ޑރ. ފަޒީލް ވިދާޅުވި އެވެ. އިގްތިސާދު ނުހުއްޓި ހިނގައިގަތުމަށް މި ބަލިމަޑުކަމުގެ ތެރެއިން އަރައިގަނެވޭނެ ގޮތްތަކެއް ހޯދަން ޖެހެ އެވެ. އެކަން ކުރެވެން އޮތީ ސަރުކާރުން ވެސް ހަރަދުތަކެއް ކޮށްގެންނެވެ. އެ ހަރަދުތައް ކުރަން ބޭރު ބަޔަކު ފައިސާކޮޅެއް ދިއްކޮށްލަންދެން މަޑުކުރާނީ ހެއްޔެވެ؟ ނޫނީ މިވަގުތަށް އެތެރޭގެ ހައްލުތަކެއް ހޯދާނީ ހެއްޔެވެ؟ އެ ހައްލަކީ މަރުކަޒީ ބޭންކުން ސަރުކާރަށް ފައިސާ ދިނުމެވެ. އެ ނޫން ގޮތެއް އަހަރުމެންނަކަށް އަދި ނެތެވެ.
އޮތީ މިގޮތް އެކަނި، އެމްއެމްއޭއިން ފައިސާ ނެރެ ހޭދަކުރުން!
ކޮވިޑް-19 އާ ގުޅިގެން މޮނިޓަރިންގެ ހާލަތުގައި ނެތް ރަށް ރަށުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަދީފިއެވެ. މިރޭ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވީ މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަދޭން ނިންމީ ޑޮކްޓަރުންގެ ލަފަޔާއެކުގައި ކަމަށެވެ. އެގޮތުން މާދަމާ ހުކުރު ނަމާދުން ފެށިގެން އެފަދަ ރަށްތަކުގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ހުކުރު ޚުތުބާ މިހާރު މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާ ކަމަށް ވެސް ޑރ. ޒާހިރު ވިދާޅުވިއެވެ. ޑޮކްޓަރުން ލަފާދެއްވާފައި ވަނީ ޖަމާއަތުގައި ނަމާދު ކުރަންޖެހޭނީ ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސަލާމަތީގޮތުން އަޅަންވީ ފިޔަވަޅުތައް: ގެއިން ވުޟޫކޮށްގެން މިސްކިތަށް ދިޔުން މުސައްލަ ހިފައިގެން މިސްކިތަށް ދިޔުން އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިޔުން ރޯގާޖެހި، ކިނބިހި އަޅާނަމަ މިސްކިތަށް ނުދިޔުން މާސްކު އަޅައިގެން މިސްކިތަށް ދިޔުން މިސްކިތުގައި ގިނަ ވަގުތު ހޭދަނުކުރުން "މި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުގައި އަޅުގަނޑުމެން މި ގަސްދު ކުރަނީ މާދަމާ ހުކުރު ނަމާދުން ފެށިގެން ލޮކްޑައުންކޮށް މޮނިޓަރިންގ ހާލަތް ނެތް ރަށްރަށުގައި މިސްކިތުގައި ޖަމާއަތް ފަށަން. އެހެންވީމާ ލޮކްޑައުންކޮށް މޮނިޓަރިންގް ހާލަތުގައި ނެތް ރަށްރަށުގައި މާދަމާ ހުކުރު ނަމާދުން ފެށިގެން އަޅުގަނޑުމެން މިސްކިތުގައި ޖަމާއަތް ފަށާނަން،" މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވިގޮތުގައި ޑޮކްޓަރުން ލަފާދެއްވަނީ މިސްކިތްތަކުން ކާޕެޓު ނެގުމަށެވެ. އެހެންކަމުން މިހާރު ގިނަ މިސްކިތްތަކުން ވަނީ ކާޕެޓް ނަގާފައި ކަމަށް ޑރ. ޒާހިރު ވިދާޅުވިއެވެ. ކޮންމެހެން މިސްކިތުގައި ވުޟޫ ކުރަން ޖެހިއްޖެ ހާލަތެއްގައި މިސްކިތުގައި ވުޟޫ ކުރިޔަސް ރަނގަޅު ކަމަށާއި ނަމަވެސް އެންމެ ރައްކާތެރިގޮތަކީ ގެއިން ވުޟޫކޮށްގެން މިސްކިތަށް ދިޔުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވިގޮތުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ މާނައަކީ ކައިރި ކައިރީގައި ސަފު ހަދައިގެން ނަމާދު ކުރުމެވެ. އެހެންކަމުން ރަށްތަކުގައި ޖަމާއަތުގައި ނަމާދު ކުރާނީ ކައިރިކައިރީގައި ސަފު ހަދައިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލަން އެންގީ މިދިޔަ މާޗު މަހުގެ 19 ވަނަ ދުވަހުއެވެ.
މޮނިޓަރިންގައި ނެތް ރަށްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދީފި
ކޮރޯނާ ވައިރަސްއާ ގުޅިގެން ގިނަ އަދަދެއްގެ ސެނެޓައިޒާއާއި މާސްކު ފަދަތަކެތި އަގުބޮޑުކޮށް ވިއްކަން އުޅުނު މީހެއްގެ މައްޗަށް އެމެރިކާގައި ދައުވާކޮށްފި އެވެ. އެމެރިކާގެ ޑިފެންސް ޕްރޮޑަކްޝަން އެކްޓްގެ ދަށުން އެފަދަ ތަކެތި އެއްކޮށް ބޮޑު އަގުގައި ވިއްކުމަކީ ގާނޫނީ ގޮތުން ކުށެކެވެ. ދައުވާކޮށްފައިވާ އަމަރުދީޕް ސިންގް ވަނީ 100،000 މާސްކާއި 10،000 ސާޖިކަލް ގައުންއާއި 2500 ފުލް ބޮޑީ އައިސޮލޭޝަން ސޫޓާއި އެކި ވައްތަރުގެ ސެނެޓައިޒާ ވިއްކަން އުޅެފައެވެ. ސިންގްވަނީ އެން95 މާސްކު ދެ ގުނަބޮޑުކޮށް ވިއްކައިފައެވެ. އަދި ޑިސްޕޯސެބަލް އަންގި އެންމެ ހަތް ސެންޓަސް ގަނެ އެއް 0.81 ޑޮލަރަށް ވިއްކައިފައެވެ. އޭނާގެ މައްޗަށް ދައުވާ ސާބިތުވެއްޖެނަމަ އެއް އަހަރު ދުވަހުގެ ޖަލުގެ ހުކުމެއް އަންނާނެއެވެ. ސިންގްގެ ވަކީލް ސީއެންއެންއަށް ވިދާޅުވީ ސިންގްގެ މައްޗަށް ކޮށްފައިވަނީ އެއްވެސް ތާކުންތާކު ނުޖެހޭ ދައުވާއެއް ކަަމަށެވެ. އެމެރިކާއިން މިހާތަނަށް 270،000 އަށް ވުރެ ގިނަ ކޮރޯނާގެ ކޭސްތައް ވަނީ ފެނިފައެވެ. މިދިޔަ މަހު އެމެރިކާގެ ދެ މީހަކު 17،000 ސެނިޓައިޒާ ފުޅިގަނެ އެތަކެތި އަގުބޮޑުކޮށް ވިއްކަން އުޅެނިކޮށްވެސް ވަނީ ހުއްޓުވައިފައެވެ.ކޮރޯނާވައިރަސްއާ ގުޅިގެން ހޭންޑް ސެނިޓައިޒާ އާއި މާސްކުފަދަ ތަކެތި އަގުބޮޑުކޮށް ވިއްކާ މައްސަލަ ވަނީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ވަރަށް ބޮޑުވެފަ އެވެ. އެކަމާ ގުޅިގެން އެމެޒޯއިން ވަނީ، އެފަދަ ތަކެތި ތާޑް ޕާޓީތަކަށް ނުވިއްކޭގޮަތަށް ވެސް ދާދި ފަހުން ހަދައިފަ އެވެ. -- (ބީބީސީ)
ސެނިޓައިޒާއާއި މާސްކު އަގުބޮޑުކޮށް ވިއްކަން އުޅުނު މީހަކަށް ދައުވާކޮށްފި
ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭގައި އެއް މަސް ނުފުރޭ ތުއްތު ކުއްޖެއް ވެސް ހިމެނޭ ކަމަށް އެޗްޕީއޭގެ ޑޮކްޓަރު، ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ. އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ އެ ކުއްޖާއަކީ ބަލި ޖެހިފައިވާ އެހެން މީހެއްގެ ކޮންޓެކްޓެއް ކަމަށެވެ. "އެ ކުއްޖާ ޓެސްޓުކުރީ ޕޮޒިޓިވް މީހެއްގެ ކޮންޓެކްޓެއް [ފަހުން ޕޮޒިޓިވްވި އިންޑައިރެކްޓް ކޮންޓެކްޓެއް ޕޮޒިޓިވްވި] ހުރީ މި ކުއްޖާއާ ކޮންޓެކްޓްވެފައި. ދެން އެކުއްޖާގެ ފަރާތުން ކޮންމެވެސް ވަރަކަށް އަލާމާތްތައް ފެނުމާއެކު ޓެސްޓުކުރީ. ޓެސްޓުކުރީ ފުރަތަމަ އެ ކުއްޖާ އެކަނި. މިހާރު އެކުއްޖާގެ މަންމަ ޓެސްޓުކުރުމުގެ ކަންތައް ވެސް ކުރިއަށް އެބަދޭ." ޑރ. ނަޒްލާ ވިދާޅުވި އެވެ. ކޮވިޑް19އަށް ޕޮޒިޓިވްވެފައި ވަނިކޮށް ސިޒޭރިއަން ހެދި މީހާގެ ދަރިފުޅު ވަނީ ވައިރަހަށް ނެގެޓިވް ވެފަ އެވެ. އަދި މީގެ ކުރިން ހަތް މަހުގެ ކުއްޖަކު ވެސް ކޮވިޑް19އަށް ޕޮޒިޓިވްވެފައިވާއިރު، އެކުއްޖާގެ އާއިލާ މެމްބަރުން ވެސް ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއިން ކޮވިޑް19އަށް 1078 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އެ ބަލީގައި ހަތަރު މީހަކު މަރުވެފައިވާއިރު، 59 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.
ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި އެއް މަސް ނުފުރޭ ތުއްތުކުއްޖެއް
ސޭފް ޓޫރިޒަމް ގައިޑްލައިންގެ ފުރަތަމަ ޑްރާފްޓަކީ ފައިނަލެއް ކަރުދާހެއް ނޫން ކަމަށާއި ހާލަތު މިހާރު ބަދަލުވުމާއެކު އޭގައި ނަގަން ހިމަނާފައި ހުރި ގިނަ ފީތައް ނުނަގަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވިދާޅުވީ ޓޫރިޒަމް ސިނާއަތުގެ މަސްލަހަތުވެރިންނާ ހިއްސާކުރި ކަރުދާސް ލީކުކޮށްލާފައިވަނީ އޭގައި ފާހަގަކޮށްފައިވާ ކަންތައްތަަކުގެ ހަގީގަތް ގެއްލޭ ގޮތަށް ކަމަށެވެ. އެ ޑްރާފްޓާ ގުޅޭގޮތުން ކޮމެޓީގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވީ ބޭރުގެ އެއާލައިންތައް ބަނގުރޫޓުވަމުންދާ މި ދުވަސްވަރު ރާއްޖެ އަންނަ ފްލައިޓުތަކުން ބޮޑެތި ފީތަކެއް ނަގަން ހިމަނާފައިވުމަކީ އެ އެއާލައިންތަކަށް ވެސް ބޮޑު ބުރައަކަށް ވާނެ ކަމަށެވެ. މެމްބަރުގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަލީ ވިދާޅުވީ އާންމުވެގެން އުޅެނީ އުސޫލުގެ ފުރަތަމަ ދެލިކޮޕީ ކަމަށާއި އެ އުސޫލު އެކުލަވާލާފައި ވަނީ ޖުލައި މަހު ބޯޑަރު ހުޅުވާލުމުގެ ކުރިއަށް އަޅަން ރާވާފައި ހުރި ފިޔަވަޅުތަކާ އެކުގައި ކަމަށެވެ. އަދި މިހާރު ތިންވަނަ ޑްރާފްޓަކާ ހަމައަށް އައިއިރު އެ ބައި އުނިކޮށްފައިވާ ކަމަށާއި މިހާރު ތައްޔާރުކުރާ އުސޫލުގައި ރާއްޖެއިން މީގެ ކުރިން ނަގަމުންދިޔަ ފީތަކުގެ އިތުރަށް އެހެން ފީތަކެއް ނަގަން ނުހިމަނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. "އިންޑަސްޓްރީއާ އެއްކޮށް މީތި ހިމުންކޮށް ނިމޭއިރު، އިންޑަސްޓްރީގެ އާންމު ވިސްނުން މިހިރީ ރާއްޖެ އަގުބޮޑު މަންޒިލަކަށް ނުހަދަން. ޕްރީ އޯޕަނިން ޑްރާފްޓުގައި ހުރި ފީތަކެއް މިހާރު މި އޮތް ޑްރާފްޓުގައި ނުހުންނާނެ. އެކަމަށް މަޝްވަރާ ކުރަން ޕޮލިސީ ލެވެލްގައި އިގްތިސާދީ އެހެން ވުޒާރާތަކާއެކު ދެން އަޅުގަނޑުމެން ބަހުސްކުރާނީ،" މިނިސްޓަރު ވިދާޅުވި އެވެ. "ޓޫރިޒަމް މިނިސްޓްރީން މީތި ފައިނަލް ކުރާއިރު ވިސްނުން މިހިރީ މަޓީއާ ގެސްޓްހައުސް އެސޯސިއޭޝަނާ ބޯޓިން އެސޯސިއޭޝަނާ އަދި އެ ނޫން ވެސް ޓްރެވަލް އެޖެންޓުންނާ އެސޯސިއޭޝަންތަކުގެ ހިޔާލުތަކާއެކު ޓޫރިޒަމް ޕޭޕަރެއް ގޮތަށް ޕޮލިސީ އޮފީހަށް ގެންދަން،" ފުރަތަމަ ޑްރާފްޓާ ގުޅޭގޮތުން ހުރި ބައެއް އޮޅުންތައް ސާފުކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ ޑްރާފްޓު އެކުލަވާލީ ބަލި ފެތުރުން މުޅިން ކޮންޓްރޯލް ނުވި ނަމަވެސް ބޭރުން މީހުންނަށް އާދެވޭ ގޮތަކަށް ކަންކަން ބައްޓަން ކުރުމަށް ކަމަށެވެ. ނަމަވެސް، މިހާރު ރާއްޖޭގައި ބަލީގެ ހާލަތު ކޮންޓްރޯލް ވެފައި ވާތީ، އުސޫލު ފައިނަލް ކުރާއިރު ބަދަލުތައް އަންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. "ފުރަތަމަ ޑްރާފްޓުގައި އޮތީ ޖުލައިގެ ކުރިން ވެސް، ޖޫން އެކެއްގެ ފަހުން ވެސް ޖެޓުތަކާ އެއްޗެހި އަންނައިރު އޮންނަ އުސޫލު [ޕްރީ އޯޕަނިން]... އޭރު ލަފާކޮށްފައި އޮތީ މިސާލަކަށް ބަލި ކޮންޓްރޯލް ނުވެ އޮތަސް، އައިސޮލޭޓު ކޮށްފައިހުރި ރަށްތަކަށް ކަރަންޓީނަށް ވިޔަސް، އަންނަން ބޭނުންވާ މީހުންނަށް އައުމުގެ ހުއްދަ ދޭން. އެ ފޭސް ތިންވަނަ ޑްރާފްޓާ ހަމައަށް އައިއިރު އުނި ކޮށްފިން. މިހާރު އަޅުގަނޑުމެން މިއަށް ރިފާވެސް މި ކުރަނީ ގައިޑްލައިން ފޮ ރީސްޓާޓިން މޯލްޑިވްސް ޓޫރިޒަމް. އެއީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ﷲގެ އިރާދައާއެކު އަޅުގަނޑުމެންނަށް މި ބަލި ކޮންޓްރޯލް ކުރެވިއްޖެ،" މިނިސްޓަރު ވިދާޅުވި އެވެ. ކޮވިޑާ ގުޅިގެން މާޗު ފަހުކޮޅުން ފެށިގެން ރާއްޖެއިން ވަނީ އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލައިފަ އެވެ. ރާއްޖެއަށް އަލުން ފަތުރުވެރިން ގެނައުމުގެ އުސޫލެއް އެކުލަވާލަން ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ފުރަތަމަ ޑްރާފްޓްގައި ބުނާ ގޮތުން ޖޫންގައި ހުޅުވާލަނީ ސުޕަ ޔޮޓުތަކާއި ޖެޓުތަކުން އަންނަ ޓޫރިސްޓުންނަށެވެ. އަދި ކޮމާޝަލް ފްލައިޓުތަކަށް ރާއްޖެ ހުޅުވާލާނީ ޖުލައި މަހު އެވެ. މީގެ އިތުރުން ޓޫރިސްޓުން ގެނެވޭނީ ވަކި ލައިސެންސެއް، "ސޭފް ޓޫރިޒަމް ރިސޯޓް ލައިސެންސް" ދޫކުރެވޭ ރިސޯޓުތަކަށް އެކަނި ކަމަށާއި އެ ލައިސަންސް ދޫކުރާނީ ސަލާމަތީ ގޮތުން ވަކި ކަންކަން ފުރިހަމަ ކުރާ ރިސޯޓްތަކަށެވެ. އަދި އެ ލައިސަންސް ހޯދަން 50،000 ޑޮލަރުގެ ފީއެއް ނަގާނެ ކަމަށް ވެސް ޑްރާފްޓް އުސޫލުގައިވެ އެވެ. އާންމުވި ޑްރާފްޓް އުސޫލުގައިވާ ގޮތުން އަންނަ މަހުގެ އެކެއްގައި ފުރަތަމަ ރާއްޖެ ހުޅުވާލާނީ ސުޕަ ޔޮޓުތަކަސާއި ޖެޓުތަކަށެވެ. އަދި އެއަށް ފަހު، ކޮމާޝަލް ފްލައިޓުތަކަށް ރާއްޖެ ހުޅުވާލާނީ ޖުލައި މަހު ކަމަށް ވެސް ބުނެ އެ އުސޫލުގެ ފުރަތަމަ ދެލި ކޮޕީގައިވެ އެވެ. އެގޮތުން ރާއްޖެ އަންނަ، ޖެޓްތަކުން ލޭންޑިން ފީއަކަށް 50،000 ޑޮލަރު އަދި ސުޕަޔޮޓްތަކުން 10،000 ޑޮލަރު ދައްކަން ޖެހޭ ކަމަށް އެ ދެލީކޮޕީގައިވެ އެވެ. މީގެ އިތުރުން ޖުލައި މަހު ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަށް 100 ޑޮލަރުގެ ވިސާފީއެއް އަދި ރާއްޖެ ވަންނަ ކޮންމެ ޓޫރިސްޓަކު ޕީސީއާރު ޓެސްޓް ހަދާއިރު، އެ ޓެސްޓަށް 100 ޑޮލަރުގެ ފީއެއް ދައްކަން ޖެހެ އެވެ. މިނިސްޓްރީއިން މީގެ ކުރިން ވެސް ބުނެފައި ވަނީ އެއީ ފައިނަލް އުސޫލެއް ނޫން ކަމަށާއި މި މަހުގެ 25ގެ ކުރިން އެ އުސޫލަށް ހިޔާލުފާޅު ކުރަން ޓޫރިޒަމް ސިނާއަތުގެ ފަރާތްތަކުގެ ކިބައިން މިހާރު އެދިފައިވާ ކަމަށެވެ. އަދި ޓޫރިޒަމް މިނިސްޓްރީއިން އަންނަނީ، ސިނާއަތުގެ ފަރާތްތަކާ އެކު ވަކިވަކި ބައްދަލުވުންތައް ވެސް ބާއްވަމުންނެވެ. މި ޑްރާފްޓާ ގުޅޭގޮތުން ޓޫރިޒަމް ސިނާއަތުގެ ބައެއް ފަރާތްތަކުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އެ ޑްރާފްޓަށް ހިޔާލު ހޯދަން މަޖިލީހުގެ ހިޔާލަށް ވެސް ވަނީ މިހާރު އެދިފަ އެވެ.
ސޭފް ޓޫރިޒަމްގެ ފުރަތަމަ ޑްރާފްޓުގައި ހުރި ފީތައް އުވާލައިފިން: މިނިސްޓަރު އަލީ
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން އަލާމާތްތައް ފެނި ޝައްކުވެގެން މީހަކު އެކެހެރިކުރި ނަމަވެސް ނުބައި ގޮތަަކަށް ނުދެކުމަށާއި އެ މީހުންނާ މެދު އިހުސާންތެރިކޮށް ހިތުމަށް ޑޮކްޓަރުން އިލްތިމާސްކުރައްވައިފި އެވެ. ކޮވިޑްއާ ގުޅޭގޮތުން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ގެއަކުން މީހަކު ޕޮޒިޓިވް ވުމުން، އެ ޕޮޒިޓިވްވި މީހާއާ މެދު ދެކޭގޮތް މިހާރު ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ. "މި ބަލީގައި ކޮންމެ މީހަކު ވެސް ބަލިވެދާނެ. ބައްޔަސް ބިރުގަތުމަކީ އޮންނަން ވާނެ ކަމެއް. އެކަމު ބައްޔާ ވިދިގެން އެހެން މީހަކާމެދު ނިކަމެތިކޮށް ހިތުން، އެއީ ތަފާތުކޮށް އެކެހެރިކުރުމުގެ ވިސްނުން އަޅުގަނޑުމެން ހުރެގެން ނުވާނެ." އަފްޒަލް ވިދާޅުވި އެވެ. ކޮރޯނާއަށްް ޝައްކުވާ މީހަކު ފެނިއްޖެނަމަ މިހާރު އަލަލުކުރަމުންދާ އުސޫލުގެ ދަށުން އެމީހަކު ދިރިއުޅޭ ގެއެއް މޮނީޓަރިންގެ ހާލަތަށް ލައެެވެ. އެ ހާލަތަށް ލުމަށްފަހު ޓެސްޓްތައް ހަދައި ރައްކާތެރިކަން ކަށަވަރުކުރަން އެފަދަ ގެތަކަށް މީހުން ވަނުންވެސް މަނާކުރެ އެވެ. އަފްޒަލް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މީހުން ރެންޑަމްކޮށް ޓެސްޓްތައް ކުރަން ފެށުމަކީވެސް އެކަށީގެންވާ ކަމެއް ކަަމަށެވެ. ގައިދުރު ލައިފްސްޓައިލްއަކަށް ގޮސް ގަވައިދުން އަޅުގަނޑުމެންގެ ގެތަކާއި މަސައްކަތް ކުރާ ތަންތަން ޑިސްއިންފެކްޓްކުރުން ފަދަ ކަންކަމަށް ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން ނަފްސާނީ ގޮތުން ތައްޔާރުވާން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން މިދުވަސްވަރު އެބަޖެހޭ ގައިދުރުކަން ބަހައްޓަން. އަދި ހަމަ ގިނަ ގިނައިން ސައިބޯނި ލައިގެން އަތް ދޮވުމާއި ހޭންޑް ސެނިޓައިޒާ ބޭނުންކުރުަން އާންމު ސާފްތާހިރުކަން އިތުރަށް ރަނގަޅުކުރުން. ދެން ކާބޯތަކެތި ތައްޔާރުކުރުމުގައި ސާފުތާހިރުކަމަށް ވަރަށް ބޮޑަށް ބެލުން. އަދި ވިއްސާރަ މޫސުމެއް އައިސްގެން މިއުޅެނީ. އަޅުގަނޑުމެން ވަރަށް ރަނގަޅަށް އެބަޖެހޭ މަދުވެގެން ހަފްތާއަކު އެއްފަހަރު މުޅި ގެ ފެން ހަރުލާފަ ހުންނަ ތަންތަން ނައްތާލުމގެ ނަޒަރަކުން ސާފުކުރަން" އަފްޒަލް ވިދާޅުވި އެވެ.
ޝައްކުވެގެން އެކެހެރިކުރާ މީހުންނާ މެދު ނުބައި ގޮތަކަށް ނުދެކޭ
ނ.ކެނދިކުޅުދޫ ޒުވާނުން ނުކުމެ އެ ރަށުގައި ގިނަ އަދަދެއްގެ ބަނބުކެޔޮ ނިރު އިންދުމުގެ މަސައްކަތް ފަށައިފި އެވެ. މި ދުވަސްވަރު ކޮރޯނާވައިރަސް މުޅި ދުނިޔޭގައި ފެތުރިފައިވާއިރު އެކި މާކެޓުތަކުން ރާއްޖެއަށް އިމްޕޯޓު ކުރާ މޭވާ، ތަރުކާރީ، ކާޑު އަދި އެހެނިހެން ކާނާގެ ބާވަތްތައް މަދުވާނެ ކަމުގެ ބިރުވެރިކަން އެބަ އޮތެވެ. އެހެންކަމުން މި ދުވަސްވަރަކީ ރާއްޖެއިން ކާނާގެ ޔަގީންކަން ހޯދައި، އަމިއްލަ ފައިމައްޗަށް ތެދުވާން ތެޅިފޮޅެމުންދާ ދުވަސްވަރެކެވެ. އެގޮތުން ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރުމަށް ރާއްޖޭގައި ހައްދަން އެންމެ ރަނގަޅު ބާވަތްތަކުގެ ތެރޭގައި ބަނބުކެޔޮ ހިމެނޭ ކަމަށް ގިނަ ދިރާސާތަކަކުން ދައްކަ އެވެ. އެއީ ބަނބުކޭލަކީ ގިނަ ދުވަހަށް ރައްކާ ކުރެވޭ، އަދި ހަށިގަނޑަށް ވަރަށް ފައިދާ ހުރި އެއްޗަކަށް ވާތީ އެވެ. ކެނދިކުޅުދޫގައި މިއަދު ކުރިއަށްދިޔަ ބަނބުކެޔޮ ނިރު ޖެހުމުގެ ޕްރޮގުރާމުގެ ތެރެއިން --- ފޮޓޯ/ ކެނދިކުޅުދޫ ކައުންސިލް ވުމާއެކު، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޮންމެ ފަސް އާއިލާއަކަށް ބަނބުކެޔޮ ގަހެއްގެ ނިސްބަތުން ބަނބުކެޔޮ ހެއްދުމުގެ ޕްރޮގްރާމެއް ކައުންސިލްތަކުން ކުރިއަށް ގެންދިޔުމަށް ރައްޔިތުންގެ މަޖިލީހުގެ ކްލައިމެޓް ޗޭންޖް ކޮމިޓީއިން ވަނީ ދާދި ފަހަކުން ނިންމާފަ އެވެ. އެކަމުގައި ނަމޫނާ ދައްކާ ކެނދިކުޅުދޫއިން މިހާރު ވަނީ ރަށުގައި ބަނބުކެޔޮ ގަސް އިންދުމުގެ ބޮޑު ޕްރޮޖެކްޓެއް ފަށައިފަ އެވެ. އެގޮތުން އެ ރަށުގެ ކައުންސިލްގެ އިސްނެގުމުގެ މަތިން ރަށުގެ ޒުވާނުން ނުކުމެ މުޅި ރަށުގައި ބަނބުކެޔޮ ގަސް އިންދަން ވަނީ ފަށައިފަ އެވެ. ރާއްޖޭގައި 10 ވަނައަށް އެންމެ ބިން ބޮޑު ރަށް ކަމަށްވާ ކެނދިކުޅުދޫއަކީ މިހާރުވެސް ގިނަ އަދަދެއްގެ ބަނބުކެޔޮ ގަސް ހުރި ރަށެެކެވެ. އެގޮތުން މިހާރު ހުރި ގަސްތަކުން ވެސް ދުވާލެއްގެ މައްޗަށް އެތައްހާސް ބަނބުކޭލެއް ލިބޭނެ ކަމަށް ލަފާވެ އެވެ. ކެނދިކުޅުދޫގައި މިއަދު ކުރިއަށްދިޔަ ބަނބުކެޔޮ ނިރު ޖެހުމުގެ ޕްރޮގުރާމުގެ ތެރެއިން --- ފޮޓޯ/ ކެނދިކުޅުދޫ ކައުންސިލް ކެނދިކުޅުދޫ ކައުންސިލްގެ ރައީސް އަލީ ޝަމީމް "ސަން" އަށް ވިދާޅުވީ މަޖިލީހުގެ ލަފައާއެކު، ކައުންސިލުން ރަށުގައި ބަނބުކެޔޮ ނިރު ޖެހުމުގެ މަސައްކަތް ފެށުމުން ރަށުގެ ޒުވާނުން ނުކުމެ އެކަމަށް އެއްބާރުލުން ދީފައިވާ ކަމަށެވެ. އެގޮތުން މިއަދު ވެސް 150 އެއްހާ ބަނބުކެޔޮ ގަސް ރަށުގެ އެކި ސަރަހައްދުތަކުގައި އިންދުނު ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. "ކެނދިކުޅުދޫއަކީ މިހާރުވެސް ކޮންމެ ގެއެއްގައި ކަހަލަ ގޮތަކަށް ބަނބުކެޔޮ ގަސް ހުރި ރަށެއް. މިހާރު އެކަމަކު އަނެއްކާ ވެސް ގަސް ގިނަ ކުރުމުގެ ޕްރޮޖެކްޓެއް މިއޮތީ ފެށިފައި. ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް މިކަމަށް އެބަ ލިބޭ،" ޝަމީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިވަގުތުގެ އަމާޒަކީ 500 ބަނބުކެޔޮ ގަސް އިންދުން ކަމަށާއި، ރަށުގައި ގްރީން ޒޯންގެ ގޮތުގައި ކަނޑައެޅިފައި އޮތް ސަރަހައްދާއި ކައުންސިލްގެ ބިންތަކުގައި މިހާރު ވެސް ގިނަ އަދަދެއްގެ ގަސް އިންދާފައިވާ ކަމަށެވެ. ކެނދިކުޅުދޫގައި މިއަދު ކުރިއަށްދިޔަ ބަނބުކެޔޮ ނިރު ޖެހުމުގެ ޕްރޮގުރާމުގެ ތެރެއިން --- ފޮޓޯ/ ކެނދިކުޅުދޫ ކައުންސިލް މީގެ އިތުރުން ރަށުގެ ވަކި ސަރަހައްދެއް ބަނބުކެޔޮ އިންދުމަށްޓަކައި ހާއްސަކޮށް، ދަނޑު ހައްދާ ބީދާއިން ބަނބުކޭލުން ރަށަށް މަންފާ ހޯދުމަށްޓަކައި 1000 ގަސް އިންދުމަށް ވެސް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. "ދަނޑުވެރިކަމޭ ބުނީމާ އެންމެންނަށް ވެސް މި ހީވަނީ އެއީ ކަރާ، މިރުސް ނުވަތަ އަނބު ކަހަލަ އެއްޗެއްސެވެ. އެކަމަކު ބަނބުކެޔޮލަކީ ހަމަ ވަރަށް ބޮޑު މަންފާއެއް ހޯދިދާނެ އެއްޗެއް." ޝަމީމް ވިދާޅުވި އެވެ. ދަނޑުވެރިކަމާ ބެހޭ މާހިރުން ބުނާ ގޮތުގައި ބަނބުކެޔޮ ގަހެއްގައި ބަނބުކެޔޮ އަޅާ، ފައްކާވުމަށް ނަގާނީ ހަތަރު އަހަރާއި ފަސް އަހަރުފެ މުއްދަތެކެވެ. ނަމަވެސް ރަނގަޅަށް ބަަލަހައްޓައިފި ނަަމަ އެ ގަހުން ބައި ގަރުނެއްހާ ދުވަހު ބަނބުކެޔޮ ލިބިލިބި ހުންނާނެ އެވެ. އަދި އަހަރުގެ ދެކޮޅު ބަނބުކެޔޮ ވަރިއެއް އަންނާނެ ކަމަށާއި، ވަރިއެއްގައި ގަހަކުން 400 ނުވަތަ 500 ބަނބުކެޔޮ އަޅާނެ ކަމަށްވެ އެވެ. ބަނބުކޭލަކީ ހަށިގަނޑަށް ބޭނުންވާ ކާބޯހައިޑްރޭޓްސް ގިނަ އަދަދަކަށް އެކުލެވިގެންވާ ފަލަމަޑީގެ ބާވަތެކެވެ. އިންސާނާގެ ހަށިގަނޑަށް ނޭދެވޭ އަސަރު ކުރާާ ކޮލެސްޓްރޯލް، ސަރުބީ އަދި ހަކުރުގެ މާއްދާތަށް ބަނބުކޭލުގައި ހިމެނޭ މިންވަރު ނިސްބަތުން ވަރަށް ބޮޑުތަން ކުޑަ އެވެ. ކެނދިކުޅުދޫގައި މިއަދު ކުރިއަށްދިޔަ ބަނބުކެޔޮ ނިރު ޖެހުމުގެ ޕްރޮގުރާމުގެ ތެރެއިން --- ފޮޓޯ/ ކެނދިކުޅުދޫ ކައުންސިލް ބަނބުކެޔޮލުގެ އިތުރުން މިދިލި ގަހާއި ރުއް އިންދުމުގެ މަސައްކަތް ވެސް ކެނދިކުޅުދޫގައި މިހާރު ފަށާފައިވާ ކަމަށް އަލީ ޝަމީމް ވިދާޅުވި އެވެ. ކަނަމަދާއި، ކާށި، އަދި ފަން ވިއްކުމަކީ ޒަމާނުއްސުރެން އެ ރަށުގެ މީހުން ދިރިއުޅުމަށް ކުރާ މަސައްކަތަކަށް ވުމުން އެ ބާވަތްތައް ރަށުގައި އިތުރު ކުރުމަކީ މުހިއްމު ކަމެއް ކަމަށް ޝަމީމް ވިދާޅުވި އެވެ. އެގޮތުން މި ޕްރޮޖެކްޓް ނިންމާލާ އިރު މަދުވެގެން 200 މިދިލި ގަހާއި 500 ރުއް ރަށުގައި އިންދޭނެ ކަމަށް އޭނާ ލަފާކުރައްވަ އެވެ.
ކެނދިކުޅުދޫ ޒުވާނުން މުޅި ރަށް ބަނބުކެޔޮ ނިރުން ފުރާލަނީ
އަދި ހިނިތުންވެލިއެވެ. އޭނާ އެތެރެއަށް ވަންނަން ހިނގައިގަތް އިރު އެ ތުންފަތުގައި ވަނީ ލުއި ހިނިތުންވުމެކެވެ. ވަކި ހިސާބަކުން ފިޔަވަޅުތައް މަޑުކޮށްލަމުން އަނެއްކާވެސް، އޭނާ ލިއަމާ ދިމާލަށް ހިނގައިގަތެވެ. ސާރާ ހުއްޓުމާއެކު ފުރަތަމަ ވާހަކަ ދެއްކީ ލިއަމެވެ. "ސާރާ ފޯނު ނަންބަރު ދިނީމަ އަހަންނަށް ގުޅާލެވޭނެއެއްނު" ލިއަމް ބުނެލިއެވެ. ހިނިތުންވެލަމުން ސާރާ އޭނާގެ ފޯނު ނަންބަރު ލިއަމަށް ކިޔައިދިނެވެ. ލިއަމް އޭނާގެ ފޯނުގައި ސާރާގެ ނަންބަރު ރައްކާކުރިއެވެ. "ގުޅައިގެން ވެސް އަބަދު ވާހަކަ ދައްކާ ހަދަން އަހަރެންގެ ހިތެއް ގަބޫލެއް ނޫން... އެކަމަކު ނަންބަރު އޮތިއްޔާ ހަބަރެއް ވެވޭނެއެއްނު" ސާރާ ބުނެލިއެވެ. އެއަށްފަހު ގޮސް މައިހާއާއެކު ގެއަށް ވަނެވެ. އެތެރެއަށް ވަތް ލިއަމް މޭޒުމަތީގައި ސާރާ ދިން ތަރުޖަމާއާއި ދެ ފޮތް ބޭއްވިއެވެ. އެއަށްފަހު އޭނާ ގޮސް ހުއްޓުނީ ކުޑަ ދޮރު ކައިރީގައެވެ. ދެ ވިސްނުމެއްގައި ހުރެފައި ކުޑަ ދޮރު ލައްޕާލާފައި އައިސް ކޮޓަރީގެ މެދާ ހިސާބުގައި އޭނާ ހުއްޓުނެވެ. އެއަށްފަހު ނަމާދުގައި ހަށަން ބަންނަ ގޮތަށް ހަށަން ބަނެވެ. ރުކޫ ކުރިއެވެ. ނަމާދުގައި ކިޔާ އެއްވެސް އެއްޗެއް ނޭނގުނަސް އެ ހަރަކާތްތައް އޭނާ ހިތުދަސް ވެއްޖެއެވެ. ސަޖިދައަށް ގޮސް ލިއަމް އޭނާގެ ހިތުގެ އަޑިން ދުޢާ އެއް ކުރިއެވެ. އިސްލާމް ދީނަކީ ޙައްގު ދީން ކަމުގައި ވަނީނަމަ އޭނާ އެ ދީނުގެ މަތީގައި ސާބިތު ކޮށްދެއްވުމަށެވެ. އިސްލާމީ ހިދާއީ ނޫރު އޭނާގެ ހިތަށް ވައްދައިދިނުމަށް އެދިއެވެ. ސަޖިދައިގައި އޮވެފައި ތެދުވި ލިއަމްގެ ހިތުގައި އާދަޔާ ޚިލާފު ހިންހަމަޖެހުމެއް ދަތުރު ކޮށްލިއެވެ. މީގެ ކުރިން ނަފުސަށް ނުލިބޭ ފަދަ ތާޒާކަމެއް ލިބުނުހެން ހީވިއެވެ. ފުރަތަމަ ފަހަރަށް ސަޖިދައެއް ޖެހުމުން، އެ ލިބުނު ހިންހަމަޖެހުން އޭނާގެ ދުލުން ބަޔާން ކުރާނެ ގޮތެއް ނޭނގެއެވެ. ދުވަހަކު ނުލިބޭ ފަދަ އަރާމުކަމެއް އޭނާގެ ހަށިގަނޑަށް ލިބުނެވެ. ހިތް ގޮވަން ފެށީ މި ވަގުތުން ވަގުތަށް އެ ދީން ޤަބޫލު ކުރުމަށެވެ. އެންމެ ހިނދުކޮޅެއް ވެސް ލަސް ނުކުރުމަށެވެ. މާދަމާ ހެނދުނު އެއާރޕޯޓަށް ދާން ޖެހޭތީ، ލިއަމް ގަސްތުކުރީ ތަންކޮޅެއް އަވަހަށް ނިދާލުމަށެވެ. އެއްޗެހި ބަދަލުކޮށްގެން އައިސް އެނދުގައި ޖައްސާލުމާއެކު، މިރޭ ވަރަށް އަވަހަށް ނިދިއްޖެއެވެ. ***** ސަލްމާ ފަޒީލާ ގާތު ސާރާ ބޭނުންވަނީ ކޯސް ނިމުމުން ކައިވެނި ކުރަން ކަމަށް ބުނުމުން، ފަޒީލާމެން ވެސް، އެކަމާ އެއްބަސްވިއެވެ. އެއާއެކު ސާރާގެ ހިތުގައި ހައިޖާނުގަނޑެއް އުފެދުނީ ލިއަމް އައުމުން މަންމަމެންނަށް ހުރިހާ ވާހަކައެއް ކިޔައިދީ، ޒައިދުގެ ހުށައެޅުމާ ދެކޮޅު ހަދަން ޖެހޭނެތީއެވެ. ކޮންމެ ގޮތެއް ވިޔަސް، ލޯބިނުވާ މީހަކާއެކު އޭނާއަކަށް ދިރިއެއް ނޫޅެވޭނެއެވެ. ލިއަމް ފުރުމުން ސާރާއަށް ހިސާބެއްގެ ހުސްކަމެއް ވެރިވިއެވެ. އަބަދާ އަބަދު ލިއަމް ފޮނުވާ ގަނޑުކޮޅުތައް ނުލިބޭތީ ކަމަށްވެސް ވެދާނެއެވެ. ލިއަމް ދިޔަފަހުން ދެ ދުވަސް ފާއިތުވެގެން ދިޔައިރު ވެސް، ސާރާއަށް ލިއަމްގެ ހަބަރެއް ނުވެއެވެ. އެކަމާ އޭނާ ކަންބޮޑުވިއެވެ. ***** "އެމީހަކު އެނގުމުން، ގޮވައިގެން ކޯޓަށް ދާން މަށަށް ފެންނަނީ. ގައިމު އެ ފޮތް ޕަބްލިޝް ކުރަން ދިން ތަނުން މީހަކު ލީކް ކޮށްލިކަމަށް ވާނީ..." އެރިކް ވާހަކަ ދެއްކިއެވެ. ދެމީހުން ތިބީ ލިއަމްމެން ގޭ ސިޓިންރޫމުގައި މަޑުކޮށްލައިގެންނެވެ. "އެ ކުންފުނީގެ އެމްޑީއާ އަހަރެން މިއަދު ވާހަކަ ދެއްކިން. އޭނަ ބުނީ ވަރަށް އެތެރޭން ކޮށްގެން އުޅޭ ކަމެއް ކަމަށޯ ބެލެވެނީ." ލިއަމް ބުނެލިއެވެ. "އަހަރެން ބުނާނެ އެއްޗެއް ނެތް. ވީހާވެސް އަވަހަށް ވީ ލޯޔަރަކާ ވާހަކަ ދައްކަން." އެރިކް ބުނެލިއެވެ. "ވިސްނަން އެބަ ތިކަމާވެސް. އެކަމަކު" ލިއަމް ހުއްޓައިލިއެވެ. "އެކަމަކު ކިހިނެއްވީ؟" އެރިކް ސުވާލުކޮށްލިއެވެ. "ކޯޓަށް ގޮއްސިއްޔާ މައްސަލައަށް އެތަކެއް ދުވަހެއް ނަގާނެ. އޭރުން އަހަރެން އެ ކޮޅަށް ދާން ލަސްވާނީ" ލިއަމް ކަންބޮޑުވިއެވެ. "އެ ފޮތަކީ ލިއަމްގެ ދެ އަހަރު ދުވަހުގެ މަސައްކަތޭ. އެހެންވީމަ އަދި މިކޮޅުގަ ގިނަ ދުވަސް ވިޔަސް މައްސަލަ އެއް ނެތްތާ!" އެރިކް ބުނެލިއެވެ. ދެމީހުން އެފަދަ ވާހަކަ އެއްގައި ތިއްބައި ލިއަމަށް ފޯނެއް އައެވެ. އޭނާ ފޯނު ނަގަމުން ހެލޯ އޭ ބުނެލިއެވެ. އިރުކޮޅަކުން ފޯނު ބާއްވަމުން އޭނާ ބަލައިލީ އެރިކް އަށެވެ. "މައިކަލް ކުރި ކަމަކަށް ވަނީ..." "އޭނަ އަތަށް ދޯ ލިއަމް އެ ޑޮކިއުމެންޓް ދިނީ" އެރިކް އަހައިލިއެވެ. ލިއަމް ބޯ ޖަހައިލިއެވެ. "އެކަމަކު އޭނާ ލިއަމް އާ އެހާ ގާތް ކޮށް އުޅެފައި އެވަރުގެ ކަމެއް ކުރަން ވީ ކީކުރަން؟" އެރިކްގެ ހިތުގައި އުފެދުނު ސުވާލު އޭނާ ލިއަމްއާ ކޮށްލިއެވެ. "ޖޭމްސް ބުނެގެން، ކުރީ ފަހަރު އޭނަގެ ފޮތް އެމީހުން ޕަބްލިޝް ކުރަން ދެކޮޅު ހެދީމަ" ލިއަމްއަށް ނިތުގައި އަތް ހިންގާލެވުނެވެ. އޭނާ ބަލައިލީ އެރިކްއަށެވެ. "އެރިކް. މަ ބުނީ މަންމަގެ ހަބަރެއް ވިތަ؟" ކުއްލިއަކަށް ލިއަމް އެރިކްއާ ސުވާލުކޮށްލިއެވެ. ލިއަމް އެހެން އެހުމާއެކު އެރިކްއަށް ލިބުނީ ކުއްލި ސިހުމެކެވެ. "އަނެއްކާ ކިހިނެއްވީ؟" އެރިކްއަށް ސުވާލުކޮށްލެވުނެވެ. ވާނީ ވެސް އެހެންތާއެވެ. މިވީ ދެ އަހަރެއްހާ ދުވަހު ލިއަމް ދުވަހަކު ވެސް މަންމަ އެ ލަފުޒު ވެސް ދުލަށް ގެނެސްފައެއް ނުވެއެވެ. "ދެން ބުނެބަލަ" ލިއަމްގެ ހިތްވަނީ އަވަސް ވެފައެވެ. މަންމައާ ބެހޭގޮތުން އެނގެން ބޭނުންވެފައެވެ. "މިދިޔަ ހަފްތާގައި ލިއަމްގެ ހަބަރެއް ބަލަން ވެގެން ގުޅި. އަހަރެން ބުނިން ޕާކިސްތާނަށް ދިޔަ ވާހަކަ، މާ ގިނަ ވާހަކައެއް ނުދައްކާ" އެރިކް ބުނެލިއެވެ. އާއިލާ ތެރޭގައި ޖެހުނު މައްސަލައެއްގެ ސަބަބުން ލިއަމްގެ މަންމަ ވަރިވި ފަހުން ލިއަމް މަންމައަކާއި ވާހަކައެއް ނުދައްކައެވެ. އެކްސިޑެންޓެއްވެ ބައްޕަގެ އުނަގަނޑުން ތިރި ވާގި ނެތުނު ދުވަހު މަންމަ ބައްޕަ ގާތުން ވަރިވެގެން އެހެން މީހަކާ އިނުމުން ލިއަމްގެ ރުޅިގަނޑު ފަޅައިގެން ދިޔައީއެވެ. ބައްޕަގެ ކުރިމަތީގައި މަންމަ އެހެން ފިރިހެނުން ގެއަށް ވައްދަން ފެށުމުން ބޮޑު މައްސަލައެއް ޖެހުނީއެވެ. އެކަމުގެ ތެރޭގައި ބައްޕަ މި ދުނިޔެއާ ވަކިވެ ދިޔަފަހުން މަންމައާ އޮތް ގުޅުން ލިއަމް އެކީ ކަނޑައިލީއެވެ. މަންމަ ފަހުން ލިއަމް ގާތުން މާފަށް އެދުނު ކަމުގައި ވި ނަމަވެސް އޭނާ މަންމައަށް މާފު ކުރަން ބޭނުން ނުވުމުން ވަކިން އެޕާޓްމެންޓަކަށް ބަދަލުވީއެވެ. ލިއަމް ފޯނު ނުނަގާތީ އޭގެ ފަހުން އޭނާގެ މަންމަ އާއްމުކޮށް ހަބަރު ބަލައި އުޅެނީ އެރިކް އަށް ގުޅައިގެންނެވެ. "މަންމައާ ބައްދަލު ކުރަންދާން އެބަ ވިސްނަން" ލިއަމް އެރިކްއަށް ބަލައިލިއެވެ. އެރިކްގެ ތުންފަތް މަތީގައި ދުވެލީ ހިނިތުންވުމެކެވެ. އެރިކްއަށް ނޭނގުނު ހަމަ އެކަނި ކަމަކީ ހަޤީގަތުގައި ލިއަމްއަށް އެ ބަދަލު އަންނަން ޖެހުނު ސަބަބެވެ. "ހާދަ މާޔޫސްވެފަ އިން ހެން ހީވެޔޭ. ހިނގާބަލަ އެއްކަލަ ނައިޓް ކްލަބަށް ޖައްސައިލަން. އޭރުން ތި ހާސްކަން ފިލާފާނެ." އެރިކް ބުނެލިއެވެ. ލިއަމް ދެކޮޅު ހެދިއެވެ. އެރިކް އަނެއްކާ ވެސް ސިހުނެވެ. އެހެންނޫނީ ހާސް ވިޔަސް، ކަންބޮޑުވިޔަސް، ލިއަމް އެންމެ ފުރަތަމަ ދާނީ ކޮންމެވެސް ބާއަކަށެވެ. ނޫނީ ކޮންމެވެސް ކުލަބަކަށެވެ. އެތަނުން ހިންހަމަޖެހުން ލިބޭނެ ކަމަށް ލިއަމް ބުނާނެއެވެ. ވުމާއެކު މިއަދު ލިއަމް އެކަމާ ދެކޮޅު މިހެދީ ކީއްވެހެއްޔެވެ؟ "އޭތް... ދެން ހިނގާބަލަ." އެރިކް އަނެއްކާ ވެސް ބުނެލިއެވެ. ''އަހަރެން ބޭނުންވަނީ ނިދާލަން" ލިއަމް ބުނެލިއެވެ. ނިދަން ތައްޔާރުވެގެން ނުކުތް ލިއަމްގެ ނަޒަރު، މޭޒުމަތީގައި އޮތް ތަރުޖަމާއަށް ހުއްޓުމާއެކު، އޭނާ ގޮސް ތަރުޖަމާ ހުޅުވައިލިއެވެ. ހުޅުވައިލެވުނު ގަނޑުގައި އޮތް ފުރަތަމަ އާޔަތުގެ މާނަ އޭނާ ކިޔައިލިއެވެ. އެއީ ނޫރު ސޫރަތުގެ 35 ވަނަ އާޔަތުގެ މާނައެވެ. ﴿35﴾ اللَّهُ نُورُ السَّمَاوَاتِ وَالْأَرْضِ ۚ مَثَلُ نُورِهِ كَمِشْكَاةٍ فِيهَا مِصْبَاحٌ ۖ الْمِصْبَاحُ فِي زُجَاجَةٍ ۖ الزُّجَاجَةُ كَأَنَّهَا كَوْكَبٌ دُرِّيٌّ يُوقَدُ مِن شَجَرَةٍ مُّبَارَكَةٍ زَيْتُونَةٍ لَّا شَرْقِيَّةٍ وَلَا غَرْبِيَّةٍ يَكَادُ زَيْتُهَا يُضِيءُ وَلَوْ لَمْ تَمْسَسْهُ نَارٌ ۚ نُّورٌ عَلَىٰ نُورٍ ۗ يَهْدِي اللَّهُ لِنُورِهِ مَن يَشَاءُ ۚ وَيَضْرِبُ اللَّهُ الْأَمْثَالَ لِلنَّاسِ ۗ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ "اللَّه އީ، އުޑުތަކާއި، ބިމުގެ نور އެވެ. އެކަލާނގެ نور ފުޅުގެ مثال އަކީ، އެއްފަރާތުން އަނެއްފަރާތަށް ފޫވެއްޓިފައިނުވާ، އާނގެއްގެ مثال އެވެ. އެ އާނގުގެ ތެރޭގައި، ބައްތިއެއްވެއެވެ. އެ ބައްތިވަނީ ބިއްލޫރިގަނޑެއްގެ ތެރޭގައެވެ. އެ ބިއްލޫރިގަނޑު، ރަންމުތުގެ ތަރިއެއްފަދައެވެ. އެ ބައްތި ދިއްލެނީ، بركات ތެރި ޒައިތޫނި ގަހަކުންނެވެ. އިރުމަތީގެ ގަހެއްނޫނެވެ. ހުޅަނގުގެ ގަހެއްވެސް ނުމެނޫންމެއެވެ. އެ ގަހުގެ ތެޔޮ، އޭގައި އަލިފާން ނުބީހުނަސް އަލިކުރާން ގާތްވެފައިވެއެވެ. އަލިކަމެއްގެ މައްޗަށްހުރި އަލިކަމެކެވެ. އަދި اللَّه، އެކަލާނގެ އިރާދަކުރެއްވި މީހަކަށް، އެކަލާނގެ نور ފުޅަށް މަގުދައްކަވަތެވެ. އަދި اللَّه، މީސްތަކުންނަށް مثال ތައް ޖައްސަވައިދެއްވަތެވެ. اللَّه އީ، ކޮންމެކަމެއްމެ، މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." އެ އާޔަތުގެ މާނަ ކިޔައިފައި ލިއަމްގެ ހިތަށް ފިނިވިއެވެ. އޭނާއަށް މޭގައި އަތް ޖައްސައިލެވުނެވެ. އެ އާޔަތުގެ މާނައާއި މެދު ފުންކޮށް ވިސްނެން ފެށުނެވެ. ގައިން ހީބިހި ނެގިއެވެ. ހިތުގެ އަޑިން ﷲ އީ އެއްކައުވަންތަ ރަސްކަލާނގެ ކަމަށް ގަބޫލުކުރެވުނެވެ. އެ ހިނދުން ހިނދަށް އިސްލާމްވާން ބޭނުންވިއެވެ. އޭނާ ކެތްތެރިވީ މާދަމާގެ ވަގުތެއްގައި މިސްކިތަކަށް ގޮސް އިމާމާ ބައްދަލުކުރާށެވެ. ޖެހިގެން އައި ދުވަހު އެމީހުން ދެމީހުން އެޅުނީ ލޯޔަރެއް ހަމަޖެއްސުމުގައެވެ. އެކަންތައް ދާދި ފަސޭހައިން ހަމަ ޖެހުނެވެ. އުޅުނުލެއް ބިޒީކަމުން އެ ދުވަހު ވެސް ލިއަމަށް ސާރާއަށް ގުޅާ ލަސްވާނެ ވާހަކަ ބުނެވޭ ގޮތެއް ނުވިއެވެ. ރޭގަނޑުގެ ވަގުތެވެ. ލިއަމްމެން ގެއާ ދިމާލަށް ކާރުގެ މިސްރާބު ބަހައްޓައިގެން ދުއްވަމުން ގޮސް ކުއްލިއަކަށް އެރިކް ކާރުގެ މިސްރާބު ބަދަލުކޮށްލިއެވެ. އޭނާގެ ބޭނުމަކަށް ވީ ލިއަމްގެ މޫނުމަތިން ފެންނަ މާޔޫސްކަން ފިލުވާލުމެވެ. ކޮންމެވެސް ކްލަބެއްގެ ތެރެއަށް ގޮސް މަޖާ ކޮށްލުމުން އިސާހިތަކު އެ މާޔޫސްކަން ފިލައިފާނެއެވެ. އަދި އައި ފަހުން ލިއަމް އެންމެ ރާ ތައްޓެއްވެސް ނުބޮއެވެ. "ކޮންތާކަށް؟" ލިއަމް ސުވާލުކޮށްލިއެވެ. އެރިކް އޭނާ އެދާ ކްލަބްގެ ނަން ބުނެލުމާއެކު ލިއަމްގެ މޫނުމަތި އިތުރަށް ބަނަވިއެވެ. "އަހަރެން އެއްކަލަ މީހައަށް ދޭންޖެހޭ ޑޮލަރު ކޮޅެއްވެސް އެބަ ހުއްޓޭ! އެ ބަލަ އާ އެކީ މިދަނީ" އެރިކް ބުނެލިއެވެ. ލިއަމް ބޯޖަހައިލިއެވެ. އޭނާ ބުނީ އެރިކް އަންނަން ދެން އޭނާ މަޑުކޮށްލައިގެން އިންނާނީ ކަމުގައެވެ. އެރިކްއަށް ހަމަ އެއް ގޮތަކަށްވެސް ލިއަމަށް އައިސްގެން އުޅޭ ބަދަލު ފަހުމް ވާގޮތެއް ނުވިއެވެ. އޭނާ ދެފަރާތަށް ބޯ ހޫރާލިއެވެ. އެރިކް ގޮސް އެތެރެއަށް ވަތް ތަން ބަލަން އިނުމަށްފަހު ލިއަމް ކާރުން ފޭބިއެވެ. ވަށައިގެން ބަލައިލުމަށްފަހު އޭނާ އުޑާ ދިމާ ނަޒަރު ހުއްޓައިލިއެވެ. "ޔާ ﷲ... މިއަޅާއަށް ހިދާޔަތް ދެއްވާ ތެދުމަގު ދައްކަވާނދޭވެ" ހިތުގެ އަޑިން ދުޢާ ކުރެވުނެވެ. އޭނާ ކާރުގައި ލެނގިލިއެވެ. އޭނާގެ ހިތުގައި އިސްލާމީ ނޫރު ދިއްލިއްޖެއެވެ. އެ ހިތުގައި އިސްލާމް ދީން ފެވިއްޖެއެވެ. ﷲ އަށް އީމާންވެވިއްޖެ އެވެ. އިސްލާމް ދީނުގައި ކުރަން ނަހީ ކުރައްވާފައިވާ ކަންތައް ކުރަން ފަސްޖެހެވެން ފެށިއެވެ. ބިރުވެރިކަން ހިތަށް ވެރިވާންފެށިއެވެ. ހިތުގެ ގޮވުމަށް އިޖާބަދެމުން ދިޔަ ލިއަމްއަށް އޭނާގެ ހަޔާތަށް ދެން އަންނަން އުޅޭ ކޮޅިގަނޑުގެ އެއްވެސް ހިލަމެއް ނުވިއެވެ. ގެއާ މާ ކައިރި ނޫނަސް އެ ހިސާބުގައި ވެސް މިސްކިތެއް ހުރެއެވެ. މިއަދު ދެވޭ ގޮތް ނުވުމުން ލިއަމް ގަސްތުކުރީ މާދަމާ އެ މިސްކިތުގައި މަސައްކަތް ކުރާ އިމާމާ ވާހަކަ ދައްކައިލަން ދާށެވެ. ***** ދުވަސްތައް ފާއިތުވަމުން ގޮސް ސާރާގެ ގްރެޖުއޭޝަން ވެސް ނިމިއްޖެއެވެ. ރަނގަޅު ނަތީޖާއަކާ އެކު އޭނާ ކޯސް ނިންމާލުމުން އެގޭގައި ކުޑަ ކެއުމެއް ބޭއްވުނެވެ. އެ ކެއުމަށް ދަޢުވަތު އެރުވިގެން ވާސިމުމެން އާއިލާ ވެސް އެގެއަށް އައެވެ. ކެއުމުގެ ވަގުތުގައި ވެސް މައިގަނޑު ގޮތެއްގައި ދެކެވުނީ ކައިވެނީގެ ވާހަކައެވެ. ސާރާއަށް ބަލައިލެވުނީ އޭނާގެ ފޯނަށެވެ. ލިއަމްގެ ކޯލެއް އެންމެ ފަހަރަކު ވިޔަސް، އަންނާނެ ނަމައެވެ. އިސްޖަހާލައިގެން އިންދާ ސާރާ ސިހުނީ ޒައިދުގެ އަޑު އިވިފައެވެ. "ސާރާ، ކީކޭ ބުނަނީ މިކަމާ" ޒައިދުގެ އަޑާއެކު ސާރާއަށް ތެޅިގަނެވުނެވެ. އޭނާއަށް ދެކެވުނު ވާހަކަ އެއްވެސް ނޭނގެއެވެ. "ކީކޭ؟" ސާރާއަށް ބުނެވުނެވެ. "އަހަރެން ބުނީ ސާރާ ކޯސް ވެސް ނިމުނީނޫންހޭ؟ އެހެންވީމަ އަހަރެންގެ ކޯސް ނިމެންދެން އަހަންނާއެކު އިނގިރޭސިވިލާތަށް ބަދަލުވުމުގައި ސާރާގެ އެއްވެސް މައްސަލައެއް އެބައޮތް ހޭ؟" ޒައިދު އޭނާގެ ސުވާލުތައް ތަކުރާރު ކޮށްލިއެވެ. މަތި ކިތަންމެ ވަރަކަށް އޮމާންކޮށްގެން ވާހަކަ ދެއްކި ނަމަވެސް ޒައިދުގެ ހިތުގައިވަނީ މަލާމާތެވެ. ފުރައްސާރައެވެ. ލިއަމާއި ސާރާއަށެވެ. އެ ދެމީހުން ދުރުކުރުވުމަކީ އޭނާގެ ހިތުގެ އެންމެ ބޮޑު އެދުމެވެ. އެކައިވެނި ކޮށްފަ ނޫނީ އޭނާ ދޫ ނުކުރާނެއެވެ. އެކަން ކުރަން ކުރެވުނު ކޮންމެކަމެއް ކުރަން އޭނާ ހުންނާނީ ތައްޔާރަށެވެ. އެންމެންގެ ނަޒަރު އޭނާއަށް ހުއްޓުނު ތަން ފެނިފައި ސާރާ ހަމައެކަނި ހިނިތުންވުމަކުން ފުއްދައިލީއެވެ. ލިއަމްގެ އިންތިޒާރުގައި އޭނާގެ މުޅި އުމުރު ބޭކާރުކޮށްނުލާށޭ ބުނެ ސިކުނޑި އޭނާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. އޭނާ އަދިވެސް އެ ކައިވެންޏަށް އާބަހެއް ނުބުނެއެވެ. އެކަމަކު ވެސް، މަންމަމެން އެތިބީ ކައިވެންޏަށް ތައްޔާރުވެގެންނެވެ. ކައިގެން ވާސިމުމެން ދިޔުމާއެކު ސަލްމާ ސާރާއާއި ސުވާލުކުރިއެވެ. އަދިވެސް ސާރާގެ ދުލުން ކައިވެންޏަށް އެއްބަސް ނުވާތީ އެކަމާ ޝަކުވާ ކުރިއެވެ. "އަޅުގަނޑު މި ކައިވެންޏާ ގަބޫލު ނޫންކަން އެނގޭއިރު ވެސް މަންމަ ކީއްވެތަ އެގޮތަށް ފަޒީލާދައްތައާ ވާހަކަ ދެއްކީ؟" ސާރާގެ އަޑުގައި މޮޅިވެރިކަމެއް ވިއެވެ. "ދެން ކީކޭ މަންމަ ބުނާނީ؟ ސާރާ ބޭނުމެއް ނުވެޔޭ އެއްވެސް މީހަކާ އިންނާކަށް؟" ސަލްމާ ބުނެލިއެވެ. ފާރޫޤު ވެސް ދެފަރާތަށް ބޯ ހޫރާލިއެވެ. "ސާރާ އަނެއްކާ ކުއްޖަކާ އެކަހަލަ ގުޅުމެއް ބާއްވަނީތަ؟" އެންމެ ފަހުން ފާރޫޤު އަހައިލިއެވެ. ލިބުނު ސިހުމުގައި ސާރާއަށް ނޫނެކޭ ބުނެވުނީ ވެސް ބާރަށެވެ. އޭނާ ބޯ ހޫރާލިއެވެ. "ދެން ކީއްވެގެން މި ކައިވެންޏާ ދެކޮޅު ހަދަނީ؟" ފާރޫޤު ބުނެލިއެވެ. ފާރޫޤުގެ އެ ސުވާލަށް ދޭނެ ޖަވާބެއް ސާރާ އަތަކު ނެތެވެ. އޭނާ އިސްޖަހައިލީއެވެ. ޒައިދު އޭނާއާ ގާތް ވާން އުޅުނު ދުވަސް މަތިން ހަނދާންވެ އެ ވާހަކަ ބުނަން އުޅުނު ސާރާގެ ކަންފަތުގައި ޒައިދު މާފަށް އެދުނު އަޑު ގުގުމައިލިއެވެ. މަންމަމެންގެ ސުވާލުތަކުން ސަލާމަތް ވާންވެގެން ސާރާ މައްޗަށް އެރީ ބޮލުގައި ރިއްސާ ކަމަށް ބުނެފައެވެ. ހަމަ ހަޤީގަތުގައި ވެސް އޭރު އޭނާގެ ބޮލުގައި ރިއްސަމުން ދިޔައެވެ. ކޮޓަރިއަށް ވަދެ އެނދުމައްޗަށް ވެއްޓިގަތުމާއެކު، އޭނާ ބާލީސް މޫނުގައި އަޅައިލިއެވެ. ލިއަމް ހަބަރެއް ނުވީ ކީއްވެހެއްޔެވެ؟ ލިއަމްއަކީ އަނެއްކާ ދޮގުވެރިއެއް ހެއްޔެވެ؟ އޭނާއަށް ހަބަރެއްނުވާނީ ގައިމު އެހެންވީމަތާއެވެ. ހިތުގައި އުފެދުނު ޝަކުވާތައް ކަރުނައިގެ ސިފަ ޚިޔާރުކުރާކަށް ގިނަ އިރެއް ނުނެގިއެވެ. ***** އޭގެ ފަހުން ހަފްތާއެއް ފާއިތުވެގެން ދިޔައިރު ވެސް ލިއަމްގެ ޚަބަރެއް ނުވެއެވެ. ސަލްމާ އިނީ ސިޓިންރޫމުގައެވެ. ފޯނެއްގައެވެ. ވާހަކަ ދައްކަނީ ފަޒީލާއާއެވެ. ކައިވެނީގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ސަލްމާ ވާހަކަ ބަދަލުކޮށްލަނީއެވެ. "ސާރާ މި ކައިވެންޏާ ގަބޫލު ނޫނީތަ؟" އެންމެ ފަހުން ފަޒީލާ އަހައިލިއެވެ. ސަލްމާ ހުއްޓުން އަރާ ގޮތްވިއެވެ. އޭނާއަށް އެއްޗެއް ބުނަން ދަތިވިއެވެ. "ނޫން އެހެނެއް ނޫން" ސަލްމާ ބުނެލިއެވެ. އިރުކޮޅަކު ފަޒީލާ އާއި ވާހަކަ ދައްކާލާފައި ފޯނު ބޭއްވި ސަލްމާ ނިތުގައި އަތް ޖައްސައިލިއެވެ. ސާރާ އެކައިވެންޏަށް އެއްބަސް ކުރުވާނީ ކިހިނެއްހެއްޔެވެ؟ އެފަދަ ވިސްނުން ތަކެއްގައި އިންދާ ސާރާ ސިޑިން ފައިބައިގެން އެދިމާލަށް އައިތަން ސަލްމާގެ ލޮލުގައި އަޅައިގަތެވެ. ސަލްމާ ުބަލަން އިންދާ ސާރާ އައިސް ޖެހިގެން ހުރި ސޯފާގައި އިށީނެވެ. އެއަށްފަހު އޭނާ ސަލްމާއަށް ވަރަށް ފުންކޮށް ބަލައިލިއެވެ. "މަންމާ!" ސާރާ ގޮވައިލިއެވެ. "ހޫމް" ސަލްމާ ބުނެލީ ހަމައެކަނި އެހެންނެވެ. އޭނާ އިނީ ހަމަ ހަޤީގަތުގައި ވެސް ސާރާ ދެކެ ހިންހަމަ ނުޖެހިފއެވެ. "އަޅުގަނޑު ޒައިދާ ކައިވެނި ކުރަން އެއްބަސް" ސާރާގެ އަޑާއެކު ސަލްމާއަށް ސާރާއަށް ބަލައިލެވުނެވެ. ސާރާގެ މޫނުމަތިން އުފާވެރިކަން ނުފެނުނު ނަމަވެސް އެ ޖަވާބުގައި ސާބިތުކަން ވިއެވެ. ސަލްމާގެ ތުންފަތް މައްޗަށް ވެރިވި ހިނިތުންވުމުން އޭނާގެ އުފާވެރިކަން ބަޔާންކޮށްދެއެވެ. (ނުނިމޭ)
ނޫރު-12
އަދި ހިނިތުންވެލިއެވެ. އޭނާ އެތެރެއަށް ވަންނަން ހިނގައިގަތް އިރު އެ ތުންފަތުގައި ވަނީ ލުއި ހިނިތުންވުމެކެވެ. ވަކި ހިސާބަކުން ފިޔަވަޅުތައް މަޑުކޮށްލަމުން އަނެއްކާވެސް، އޭނާ ލިއަމާ ދިމާލަށް ހިނގައިގަތެވެ. ސާރާ ހުއްޓުމާއެކު ފުރަތަމަ ވާހަކަ ދެއްކީ ލިއަމެވެ. "ސާރާ ފޯނު ނަންބަރު ދިނީމަ އަހަންނަށް ގުޅާލެވޭނެއެއްނު" ލިއަމް ބުނެލިއެވެ. ހިނިތުންވެލަމުން ސާރާ އޭނާގެ ފޯނު ނަންބަރު ލިއަމަށް ކިޔައިދިނެވެ. ލިއަމް އޭނާގެ ފޯނުގައި ސާރާގެ ނަންބަރު ރައްކާކުރިއެވެ. "ގުޅައިގެން ވެސް އަބަދު ވާހަކަ ދައްކާ ހަދަން އަހަރެންގެ ހިތެއް ގަބޫލެއް ނޫން... އެކަމަކު ނަންބަރު އޮތިއްޔާ ހަބަރެއް ވެވޭނެއެއްނު" ސާރާ ބުނެލިއެވެ. އެއަށްފަހު ގޮސް މައިހާއާއެކު ގެއަށް ވަނެވެ. އެތެރެއަށް ވަތް ލިއަމް މޭޒުމަތީގައި ސާރާ ދިން ތަރުޖަމާއާއި ދެ ފޮތް ބޭއްވިއެވެ. އެއަށްފަހު އޭނާ ގޮސް ހުއްޓުނީ ކުޑަ ދޮރު ކައިރީގައެވެ. ދެ ވިސްނުމެއްގައި ހުރެފައި ކުޑަ ދޮރު ލައްޕާލާފައި އައިސް ކޮޓަރީގެ މެދާ ހިސާބުގައި އޭނާ ހުއްޓުނެވެ. އެއަށްފަހު ނަމާދުގައި ހަށަން ބަންނަ ގޮތަށް ހަށަން ބަނެވެ. ރުކޫ ކުރިއެވެ. ނަމާދުގައި ކިޔާ އެއްވެސް އެއްޗެއް ނޭނގުނަސް އެ ހަރަކާތްތައް އޭނާ ހިތުދަސް ވެއްޖެއެވެ. ސަޖިދައަށް ގޮސް ލިއަމް އޭނާގެ ހިތުގެ އަޑިން ދުޢާ އެއް ކުރިއެވެ. އިސްލާމް ދީނަކީ ޙައްގު ދީން ކަމުގައި ވަނީނަމަ އޭނާ އެ ދީނުގެ މަތީގައި ސާބިތު ކޮށްދެއްވުމަށެވެ. އިސްލާމީ ހިދާއީ ނޫރު އޭނާގެ ހިތަށް ވައްދައިދިނުމަށް އެދިއެވެ. ސަޖިދައިގައި އޮވެފައި ތެދުވި ލިއަމްގެ ހިތުގައި އާދަޔާ ޚިލާފު ހިންހަމަޖެހުމެއް ދަތުރު ކޮށްލިއެވެ. މީގެ ކުރިން ނަފުސަށް ނުލިބޭ ފަދަ ތާޒާކަމެއް ލިބުނުހެން ހީވިއެވެ. ފުރަތަމަ ފަހަރަށް ސަޖިދައެއް ޖެހުމުން، އެ ލިބުނު ހިންހަމަޖެހުން އޭނާގެ ދުލުން ބަޔާން ކުރާނެ ގޮތެއް ނޭނގެއެވެ. ދުވަހަކު ނުލިބޭ ފަދަ އަރާމުކަމެއް އޭނާގެ ހަށިގަނޑަށް ލިބުނެވެ. ހިތް ގޮވަން ފެށީ މި ވަގުތުން ވަގުތަށް އެ ދީން ޤަބޫލު ކުރުމަށެވެ. އެންމެ ހިނދުކޮޅެއް ވެސް ލަސް ނުކުރުމަށެވެ. މާދަމާ ހެނދުނު އެއާރޕޯޓަށް ދާން ޖެހޭތީ، ލިއަމް ގަސްތުކުރީ ތަންކޮޅެއް އަވަހަށް ނިދާލުމަށެވެ. އެއްޗެހި ބަދަލުކޮށްގެން އައިސް އެނދުގައި ޖައްސާލުމާއެކު، މިރޭ ވަރަށް އަވަހަށް ނިދިއްޖެއެވެ. ***** ސަލްމާ ފަޒީލާ ގާތު ސާރާ ބޭނުންވަނީ ކޯސް ނިމުމުން ކައިވެނި ކުރަން ކަމަށް ބުނުމުން، ފަޒީލާމެން ވެސް، އެކަމާ އެއްބަސްވިއެވެ. އެއާއެކު ސާރާގެ ހިތުގައި ހައިޖާނުގަނޑެއް އުފެދުނީ ލިއަމް އައުމުން މަންމަމެންނަށް ހުރިހާ ވާހަކައެއް ކިޔައިދީ، ޒައިދުގެ ހުށައެޅުމާ ދެކޮޅު ހަދަން ޖެހޭނެތީއެވެ. ކޮންމެ ގޮތެއް ވިޔަސް، ލޯބިނުވާ މީހަކާއެކު އޭނާއަކަށް ދިރިއެއް ނޫޅެވޭނެއެވެ. ލިއަމް ފުރުމުން ސާރާއަށް ހިސާބެއްގެ ހުސްކަމެއް ވެރިވިއެވެ. އަބަދާ އަބަދު ލިއަމް ފޮނުވާ ގަނޑުކޮޅުތައް ނުލިބޭތީ ކަމަށްވެސް ވެދާނެއެވެ. ލިއަމް ދިޔަފަހުން ދެ ދުވަސް ފާއިތުވެގެން ދިޔައިރު ވެސް، ސާރާއަށް ލިއަމްގެ ހަބަރެއް ނުވެއެވެ. އެކަމާ އޭނާ ކަންބޮޑުވިއެވެ. ***** "އެމީހަކު އެނގުމުން، ގޮވައިގެން ކޯޓަށް ދާން މަށަށް ފެންނަނީ. ގައިމު އެ ފޮތް ޕަބްލިޝް ކުރަން ދިން ތަނުން މީހަކު ލީކް ކޮށްލިކަމަށް ވާނީ..." އެރިކް ވާހަކަ ދެއްކިއެވެ. ދެމީހުން ތިބީ ލިއަމްމެން ގޭ ސިޓިންރޫމުގައި މަޑުކޮށްލައިގެންނެވެ. "އެ ކުންފުނީގެ އެމްޑީއާ އަހަރެން މިއަދު ވާހަކަ ދެއްކިން. އޭނަ ބުނީ ވަރަށް އެތެރޭން ކޮށްގެން އުޅޭ ކަމެއް ކަމަށޯ ބެލެވެނީ." ލިއަމް ބުނެލިއެވެ. "އަހަރެން ބުނާނެ އެއްޗެއް ނެތް. ވީހާވެސް އަވަހަށް ވީ ލޯޔަރަކާ ވާހަކަ ދައްކަން." އެރިކް ބުނެލިއެވެ. "ވިސްނަން އެބަ ތިކަމާވެސް. އެކަމަކު" ލިއަމް ހުއްޓައިލިއެވެ. "އެކަމަކު ކިހިނެއްވީ؟" އެރިކް ސުވާލުކޮށްލިއެވެ. "ކޯޓަށް ގޮއްސިއްޔާ މައްސަލައަށް އެތަކެއް ދުވަހެއް ނަގާނެ. އޭރުން އަހަރެން އެ ކޮޅަށް ދާން ލަސްވާނީ" ލިއަމް ކަންބޮޑުވިއެވެ. "އެ ފޮތަކީ ލިއަމްގެ ދެ އަހަރު ދުވަހުގެ މަސައްކަތޭ. އެހެންވީމަ އަދި މިކޮޅުގަ ގިނަ ދުވަސް ވިޔަސް މައްސަލަ އެއް ނެތްތާ!" އެރިކް ބުނެލިއެވެ. ދެމީހުން އެފަދަ ވާހަކަ އެއްގައި ތިއްބައި ލިއަމަށް ފޯނެއް އައެވެ. އޭނާ ފޯނު ނަގަމުން ހެލޯ އޭ ބުނެލިއެވެ. އިރުކޮޅަކުން ފޯނު ބާއްވަމުން އޭނާ ބަލައިލީ އެރިކް އަށެވެ. "މައިކަލް ކުރި ކަމަކަށް ވަނީ..." "އޭނަ އަތަށް ދޯ ލިއަމް އެ ޑޮކިއުމެންޓް ދިނީ" އެރިކް އަހައިލިއެވެ. ލިއަމް ބޯ ޖަހައިލިއެވެ. "އެކަމަކު އޭނާ ލިއަމް އާ އެހާ ގާތް ކޮށް އުޅެފައި އެވަރުގެ ކަމެއް ކުރަން ވީ ކީކުރަން؟" އެރިކްގެ ހިތުގައި އުފެދުނު ސުވާލު އޭނާ ލިއަމްއާ ކޮށްލިއެވެ. "ޖޭމްސް ބުނެގެން، ކުރީ ފަހަރު އޭނަގެ ފޮތް އެމީހުން ޕަބްލިޝް ކުރަން ދެކޮޅު ހެދީމަ" ލިއަމްއަށް ނިތުގައި އަތް ހިންގާލެވުނެވެ. އޭނާ ބަލައިލީ އެރިކްއަށެވެ. "އެރިކް. މަ ބުނީ މަންމަގެ ހަބަރެއް ވިތަ؟" ކުއްލިއަކަށް ލިއަމް އެރިކްއާ ސުވާލުކޮށްލިއެވެ. ލިއަމް އެހެން އެހުމާއެކު އެރިކްއަށް ލިބުނީ ކުއްލި ސިހުމެކެވެ. "އަނެއްކާ ކިހިނެއްވީ؟" އެރިކްއަށް ސުވާލުކޮށްލެވުނެވެ. ވާނީ ވެސް އެހެންތާއެވެ. މިވީ ދެ އަހަރެއްހާ ދުވަހު ލިއަމް ދުވަހަކު ވެސް މަންމަ އެ ލަފުޒު ވެސް ދުލަށް ގެނެސްފައެއް ނުވެއެވެ. "ދެން ބުނެބަލަ" ލިއަމްގެ ހިތްވަނީ އަވަސް ވެފައެވެ. މަންމައާ ބެހޭގޮތުން އެނގެން ބޭނުންވެފައެވެ. "މިދިޔަ ހަފްތާގައި ލިއަމްގެ ހަބަރެއް ބަލަން ވެގެން ގުޅި. އަހަރެން ބުނިން ޕާކިސްތާނަށް ދިޔަ ވާހަކަ، މާ ގިނަ ވާހަކައެއް ނުދައްކާ" އެރިކް ބުނެލިއެވެ. އާއިލާ ތެރޭގައި ޖެހުނު މައްސަލައެއްގެ ސަބަބުން ލިއަމްގެ މަންމަ ވަރިވި ފަހުން ލިއަމް މަންމައަކާއި ވާހަކައެއް ނުދައްކައެވެ. އެކްސިޑެންޓެއްވެ ބައްޕަގެ އުނަގަނޑުން ތިރި ވާގި ނެތުނު ދުވަހު މަންމަ ބައްޕަ ގާތުން ވަރިވެގެން އެހެން މީހަކާ އިނުމުން ލިއަމްގެ ރުޅިގަނޑު ފަޅައިގެން ދިޔައީއެވެ. ބައްޕަގެ ކުރިމަތީގައި މަންމަ އެހެން ފިރިހެނުން ގެއަށް ވައްދަން ފެށުމުން ބޮޑު މައްސަލައެއް ޖެހުނީއެވެ. އެކަމުގެ ތެރޭގައި ބައްޕަ މި ދުނިޔެއާ ވަކިވެ ދިޔަފަހުން މަންމައާ އޮތް ގުޅުން ލިއަމް އެކީ ކަނޑައިލީއެވެ. މަންމަ ފަހުން ލިއަމް ގާތުން މާފަށް އެދުނު ކަމުގައި ވި ނަމަވެސް އޭނާ މަންމައަށް މާފު ކުރަން ބޭނުން ނުވުމުން ވަކިން އެޕާޓްމެންޓަކަށް ބަދަލުވީއެވެ. ލިއަމް ފޯނު ނުނަގާތީ އޭގެ ފަހުން އޭނާގެ މަންމަ އާއްމުކޮށް ހަބަރު ބަލައި އުޅެނީ އެރިކް އަށް ގުޅައިގެންނެވެ. "މަންމައާ ބައްދަލު ކުރަންދާން އެބަ ވިސްނަން" ލިއަމް އެރިކްއަށް ބަލައިލިއެވެ. އެރިކްގެ ތުންފަތް މަތީގައި ދުވެލީ ހިނިތުންވުމެކެވެ. އެރިކްއަށް ނޭނގުނު ހަމަ އެކަނި ކަމަކީ ހަޤީގަތުގައި ލިއަމްއަށް އެ ބަދަލު އަންނަން ޖެހުނު ސަބަބެވެ. "ހާދަ މާޔޫސްވެފަ އިން ހެން ހީވެޔޭ. ހިނގާބަލަ އެއްކަލަ ނައިޓް ކްލަބަށް ޖައްސައިލަން. އޭރުން ތި ހާސްކަން ފިލާފާނެ." އެރިކް ބުނެލިއެވެ. ލިއަމް ދެކޮޅު ހެދިއެވެ. އެރިކް އަނެއްކާ ވެސް ސިހުނެވެ. އެހެންނޫނީ ހާސް ވިޔަސް، ކަންބޮޑުވިޔަސް، ލިއަމް އެންމެ ފުރަތަމަ ދާނީ ކޮންމެވެސް ބާއަކަށެވެ. ނޫނީ ކޮންމެވެސް ކުލަބަކަށެވެ. އެތަނުން ހިންހަމަޖެހުން ލިބޭނެ ކަމަށް ލިއަމް ބުނާނެއެވެ. ވުމާއެކު މިއަދު ލިއަމް އެކަމާ ދެކޮޅު މިހެދީ ކީއްވެހެއްޔެވެ؟ "އޭތް... ދެން ހިނގާބަލަ." އެރިކް އަނެއްކާ ވެސް ބުނެލިއެވެ. ''އަހަރެން ބޭނުންވަނީ ނިދާލަން" ލިއަމް ބުނެލިއެވެ. ނިދަން ތައްޔާރުވެގެން ނުކުތް ލިއަމްގެ ނަޒަރު، މޭޒުމަތީގައި އޮތް ތަރުޖަމާއަށް ހުއްޓުމާއެކު، އޭނާ ގޮސް ތަރުޖަމާ ހުޅުވައިލިއެވެ. ހުޅުވައިލެވުނު ގަނޑުގައި އޮތް ފުރަތަމަ އާޔަތުގެ މާނަ އޭނާ ކިޔައިލިއެވެ. އެއީ ނޫރު ސޫރަތުގެ 35 ވަނަ އާޔަތުގެ މާނައެވެ. ﴿35﴾ اللَّهُ نُورُ السَّمَاوَاتِ وَالْأَرْضِ ۚ مَثَلُ نُورِهِ كَمِشْكَاةٍ فِيهَا مِصْبَاحٌ ۖ الْمِصْبَاحُ فِي زُجَاجَةٍ ۖ الزُّجَاجَةُ كَأَنَّهَا كَوْكَبٌ دُرِّيٌّ يُوقَدُ مِن شَجَرَةٍ مُّبَارَكَةٍ زَيْتُونَةٍ لَّا شَرْقِيَّةٍ وَلَا غَرْبِيَّةٍ يَكَادُ زَيْتُهَا يُضِيءُ وَلَوْ لَمْ تَمْسَسْهُ نَارٌ ۚ نُّورٌ عَلَىٰ نُورٍ ۗ يَهْدِي اللَّهُ لِنُورِهِ مَن يَشَاءُ ۚ وَيَضْرِبُ اللَّهُ الْأَمْثَالَ لِلنَّاسِ ۗ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ "اللَّه އީ، އުޑުތަކާއި، ބިމުގެ نور އެވެ. އެކަލާނގެ نور ފުޅުގެ مثال އަކީ، އެއްފަރާތުން އަނެއްފަރާތަށް ފޫވެއްޓިފައިނުވާ، އާނގެއްގެ مثال އެވެ. އެ އާނގުގެ ތެރޭގައި، ބައްތިއެއްވެއެވެ. އެ ބައްތިވަނީ ބިއްލޫރިގަނޑެއްގެ ތެރޭގައެވެ. އެ ބިއްލޫރިގަނޑު، ރަންމުތުގެ ތަރިއެއްފަދައެވެ. އެ ބައްތި ދިއްލެނީ، بركات ތެރި ޒައިތޫނި ގަހަކުންނެވެ. އިރުމަތީގެ ގަހެއްނޫނެވެ. ހުޅަނގުގެ ގަހެއްވެސް ނުމެނޫންމެއެވެ. އެ ގަހުގެ ތެޔޮ، އޭގައި އަލިފާން ނުބީހުނަސް އަލިކުރާން ގާތްވެފައިވެއެވެ. އަލިކަމެއްގެ މައްޗަށްހުރި އަލިކަމެކެވެ. އަދި اللَّه، އެކަލާނގެ އިރާދަކުރެއްވި މީހަކަށް، އެކަލާނގެ نور ފުޅަށް މަގުދައްކަވަތެވެ. އަދި اللَّه، މީސްތަކުންނަށް مثال ތައް ޖައްސަވައިދެއްވަތެވެ. اللَّه އީ، ކޮންމެކަމެއްމެ، މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." އެ އާޔަތުގެ މާނަ ކިޔައިފައި ލިއަމްގެ ހިތަށް ފިނިވިއެވެ. އޭނާއަށް މޭގައި އަތް ޖައްސައިލެވުނެވެ. އެ އާޔަތުގެ މާނައާއި މެދު ފުންކޮށް ވިސްނެން ފެށުނެވެ. ގައިން ހީބިހި ނެގިއެވެ. ހިތުގެ އަޑިން ﷲ އީ އެއްކައުވަންތަ ރަސްކަލާނގެ ކަމަށް ގަބޫލުކުރެވުނެވެ. އެ ހިނދުން ހިނދަށް އިސްލާމްވާން ބޭނުންވިއެވެ. އޭނާ ކެތްތެރިވީ މާދަމާގެ ވަގުތެއްގައި މިސްކިތަކަށް ގޮސް އިމާމާ ބައްދަލުކުރާށެވެ. ޖެހިގެން އައި ދުވަހު އެމީހުން ދެމީހުން އެޅުނީ ލޯޔަރެއް ހަމަޖެއްސުމުގައެވެ. އެކަންތައް ދާދި ފަސޭހައިން ހަމަ ޖެހުނެވެ. އުޅުނުލެއް ބިޒީކަމުން އެ ދުވަހު ވެސް ލިއަމަށް ސާރާއަށް ގުޅާ ލަސްވާނެ ވާހަކަ ބުނެވޭ ގޮތެއް ނުވިއެވެ. ރޭގަނޑުގެ ވަގުތެވެ. ލިއަމްމެން ގެއާ ދިމާލަށް ކާރުގެ މިސްރާބު ބަހައްޓައިގެން ދުއްވަމުން ގޮސް ކުއްލިއަކަށް އެރިކް ކާރުގެ މިސްރާބު ބަދަލުކޮށްލިއެވެ. އޭނާގެ ބޭނުމަކަށް ވީ ލިއަމްގެ މޫނުމަތިން ފެންނަ މާޔޫސްކަން ފިލުވާލުމެވެ. ކޮންމެވެސް ކްލަބެއްގެ ތެރެއަށް ގޮސް މަޖާ ކޮށްލުމުން އިސާހިތަކު އެ މާޔޫސްކަން ފިލައިފާނެއެވެ. އަދި އައި ފަހުން ލިއަމް އެންމެ ރާ ތައްޓެއްވެސް ނުބޮއެވެ. "ކޮންތާކަށް؟" ލިއަމް ސުވާލުކޮށްލިއެވެ. އެރިކް އޭނާ އެދާ ކްލަބްގެ ނަން ބުނެލުމާއެކު ލިއަމްގެ މޫނުމަތި އިތުރަށް ބަނަވިއެވެ. "އަހަރެން އެއްކަލަ މީހައަށް ދޭންޖެހޭ ޑޮލަރު ކޮޅެއްވެސް އެބަ ހުއްޓޭ! އެ ބަލަ އާ އެކީ މިދަނީ" އެރިކް ބުނެލިއެވެ. ލިއަމް ބޯޖަހައިލިއެވެ. އޭނާ ބުނީ އެރިކް އަންނަން ދެން އޭނާ މަޑުކޮށްލައިގެން އިންނާނީ ކަމުގައެވެ. އެރިކްއަށް ހަމަ އެއް ގޮތަކަށްވެސް ލިއަމަށް އައިސްގެން އުޅޭ ބަދަލު ފަހުމް ވާގޮތެއް ނުވިއެވެ. އޭނާ ދެފަރާތަށް ބޯ ހޫރާލިއެވެ. އެރިކް ގޮސް އެތެރެއަށް ވަތް ތަން ބަލަން އިނުމަށްފަހު ލިއަމް ކާރުން ފޭބިއެވެ. ވަށައިގެން ބަލައިލުމަށްފަހު އޭނާ އުޑާ ދިމާ ނަޒަރު ހުއްޓައިލިއެވެ. "ޔާ ﷲ... މިއަޅާއަށް ހިދާޔަތް ދެއްވާ ތެދުމަގު ދައްކަވާނދޭވެ" ހިތުގެ އަޑިން ދުޢާ ކުރެވުނެވެ. އޭނާ ކާރުގައި ލެނގިލިއެވެ. އޭނާގެ ހިތުގައި އިސްލާމީ ނޫރު ދިއްލިއްޖެއެވެ. އެ ހިތުގައި އިސްލާމް ދީން ފެވިއްޖެއެވެ. ﷲ އަށް އީމާންވެވިއްޖެ އެވެ. އިސްލާމް ދީނުގައި ކުރަން ނަހީ ކުރައްވާފައިވާ ކަންތައް ކުރަން ފަސްޖެހެވެން ފެށިއެވެ. ބިރުވެރިކަން ހިތަށް ވެރިވާންފެށިއެވެ. ހިތުގެ ގޮވުމަށް އިޖާބަދެމުން ދިޔަ ލިއަމްއަށް އޭނާގެ ހަޔާތަށް ދެން އަންނަން އުޅޭ ކޮޅިގަނޑުގެ އެއްވެސް ހިލަމެއް ނުވިއެވެ. ގެއާ މާ ކައިރި ނޫނަސް އެ ހިސާބުގައި ވެސް މިސްކިތެއް ހުރެއެވެ. މިއަދު ދެވޭ ގޮތް ނުވުމުން ލިއަމް ގަސްތުކުރީ މާދަމާ އެ މިސްކިތުގައި މަސައްކަތް ކުރާ އިމާމާ ވާހަކަ ދައްކައިލަން ދާށެވެ. ***** ދުވަސްތައް ފާއިތުވަމުން ގޮސް ސާރާގެ ގްރެޖުއޭޝަން ވެސް ނިމިއްޖެއެވެ. ރަނގަޅު ނަތީޖާއަކާ އެކު އޭނާ ކޯސް ނިންމާލުމުން އެގޭގައި ކުޑަ ކެއުމެއް ބޭއްވުނެވެ. އެ ކެއުމަށް ދަޢުވަތު އެރުވިގެން ވާސިމުމެން އާއިލާ ވެސް އެގެއަށް އައެވެ. ކެއުމުގެ ވަގުތުގައި ވެސް މައިގަނޑު ގޮތެއްގައި ދެކެވުނީ ކައިވެނީގެ ވާހަކައެވެ. ސާރާއަށް ބަލައިލެވުނީ އޭނާގެ ފޯނަށެވެ. ލިއަމްގެ ކޯލެއް އެންމެ ފަހަރަކު ވިޔަސް، އަންނާނެ ނަމައެވެ. އިސްޖަހާލައިގެން އިންދާ ސާރާ ސިހުނީ ޒައިދުގެ އަޑު އިވިފައެވެ. "ސާރާ، ކީކޭ ބުނަނީ މިކަމާ" ޒައިދުގެ އަޑާއެކު ސާރާއަށް ތެޅިގަނެވުނެވެ. އޭނާއަށް ދެކެވުނު ވާހަކަ އެއްވެސް ނޭނގެއެވެ. "ކީކޭ؟" ސާރާއަށް ބުނެވުނެވެ. "އަހަރެން ބުނީ ސާރާ ކޯސް ވެސް ނިމުނީނޫންހޭ؟ އެހެންވީމަ އަހަރެންގެ ކޯސް ނިމެންދެން އަހަންނާއެކު އިނގިރޭސިވިލާތަށް ބަދަލުވުމުގައި ސާރާގެ އެއްވެސް މައްސަލައެއް އެބައޮތް ހޭ؟" ޒައިދު އޭނާގެ ސުވާލުތައް ތަކުރާރު ކޮށްލިއެވެ. މަތި ކިތަންމެ ވަރަކަށް އޮމާންކޮށްގެން ވާހަކަ ދެއްކި ނަމަވެސް ޒައިދުގެ ހިތުގައިވަނީ މަލާމާތެވެ. ފުރައްސާރައެވެ. ލިއަމާއި ސާރާއަށެވެ. އެ ދެމީހުން ދުރުކުރުވުމަކީ އޭނާގެ ހިތުގެ އެންމެ ބޮޑު އެދުމެވެ. އެކައިވެނި ކޮށްފަ ނޫނީ އޭނާ ދޫ ނުކުރާނެއެވެ. އެކަން ކުރަން ކުރެވުނު ކޮންމެކަމެއް ކުރަން އޭނާ ހުންނާނީ ތައްޔާރަށެވެ. އެންމެންގެ ނަޒަރު އޭނާއަށް ހުއްޓުނު ތަން ފެނިފައި ސާރާ ހަމައެކަނި ހިނިތުންވުމަކުން ފުއްދައިލީއެވެ. ލިއަމްގެ އިންތިޒާރުގައި އޭނާގެ މުޅި އުމުރު ބޭކާރުކޮށްނުލާށޭ ބުނެ ސިކުނޑި އޭނާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. އޭނާ އަދިވެސް އެ ކައިވެންޏަށް އާބަހެއް ނުބުނެއެވެ. އެކަމަކު ވެސް، މަންމަމެން އެތިބީ ކައިވެންޏަށް ތައްޔާރުވެގެންނެވެ. ކައިގެން ވާސިމުމެން ދިޔުމާއެކު ސަލްމާ ސާރާއާއި ސުވާލުކުރިއެވެ. އަދިވެސް ސާރާގެ ދުލުން ކައިވެންޏަށް އެއްބަސް ނުވާތީ އެކަމާ ޝަކުވާ ކުރިއެވެ. "އަޅުގަނޑު މި ކައިވެންޏާ ގަބޫލު ނޫންކަން އެނގޭއިރު ވެސް މަންމަ ކީއްވެތަ އެގޮތަށް ފަޒީލާދައްތައާ ވާހަކަ ދެއްކީ؟" ސާރާގެ އަޑުގައި މޮޅިވެރިކަމެއް ވިއެވެ. "ދެން ކީކޭ މަންމަ ބުނާނީ؟ ސާރާ ބޭނުމެއް ނުވެޔޭ އެއްވެސް މީހަކާ އިންނާކަށް؟" ސަލްމާ ބުނެލިއެވެ. ފާރޫޤު ވެސް ދެފަރާތަށް ބޯ ހޫރާލިއެވެ. "ސާރާ އަނެއްކާ ކުއްޖަކާ އެކަހަލަ ގުޅުމެއް ބާއްވަނީތަ؟" އެންމެ ފަހުން ފާރޫޤު އަހައިލިއެވެ. ލިބުނު ސިހުމުގައި ސާރާއަށް ނޫނެކޭ ބުނެވުނީ ވެސް ބާރަށެވެ. އޭނާ ބޯ ހޫރާލިއެވެ. "ދެން ކީއްވެގެން މި ކައިވެންޏާ ދެކޮޅު ހަދަނީ؟" ފާރޫޤު ބުނެލިއެވެ. ފާރޫޤުގެ އެ ސުވާލަށް ދޭނެ ޖަވާބެއް ސާރާ އަތަކު ނެތެވެ. އޭނާ އިސްޖަހައިލީއެވެ. ޒައިދު އޭނާއާ ގާތް ވާން އުޅުނު ދުވަސް މަތިން ހަނދާންވެ އެ ވާހަކަ ބުނަން އުޅުނު ސާރާގެ ކަންފަތުގައި ޒައިދު މާފަށް އެދުނު އަޑު ގުގުމައިލިއެވެ. މަންމަމެންގެ ސުވާލުތަކުން ސަލާމަތް ވާންވެގެން ސާރާ މައްޗަށް އެރީ ބޮލުގައި ރިއްސާ ކަމަށް ބުނެފައެވެ. ހަމަ ހަޤީގަތުގައި ވެސް އޭރު އޭނާގެ ބޮލުގައި ރިއްސަމުން ދިޔައެވެ. ކޮޓަރިއަށް ވަދެ އެނދުމައްޗަށް ވެއްޓިގަތުމާއެކު، އޭނާ ބާލީސް މޫނުގައި އަޅައިލިއެވެ. ލިއަމް ހަބަރެއް ނުވީ ކީއްވެހެއްޔެވެ؟ ލިއަމްއަކީ އަނެއްކާ ދޮގުވެރިއެއް ހެއްޔެވެ؟ އޭނާއަށް ހަބަރެއްނުވާނީ ގައިމު އެހެންވީމަތާއެވެ. ހިތުގައި އުފެދުނު ޝަކުވާތައް ކަރުނައިގެ ސިފަ ޚިޔާރުކުރާކަށް ގިނަ އިރެއް ނުނެގިއެވެ. ***** އޭގެ ފަހުން ހަފްތާއެއް ފާއިތުވެގެން ދިޔައިރު ވެސް ލިއަމްގެ ޚަބަރެއް ނުވެއެވެ. ސަލްމާ އިނީ ސިޓިންރޫމުގައެވެ. ފޯނެއްގައެވެ. ވާހަކަ ދައްކަނީ ފަޒީލާއާއެވެ. ކައިވެނީގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ސަލްމާ ވާހަކަ ބަދަލުކޮށްލަނީއެވެ. "ސާރާ މި ކައިވެންޏާ ގަބޫލު ނޫނީތަ؟" އެންމެ ފަހުން ފަޒީލާ އަހައިލިއެވެ. ސަލްމާ ހުއްޓުން އަރާ ގޮތްވިއެވެ. އޭނާއަށް އެއްޗެއް ބުނަން ދަތިވިއެވެ. "ނޫން އެހެނެއް ނޫން" ސަލްމާ ބުނެލިއެވެ. އިރުކޮޅަކު ފަޒީލާ އާއި ވާހަކަ ދައްކާލާފައި ފޯނު ބޭއްވި ސަލްމާ ނިތުގައި އަތް ޖައްސައިލިއެވެ. ސާރާ އެކައިވެންޏަށް އެއްބަސް ކުރުވާނީ ކިހިނެއްހެއްޔެވެ؟ އެފަދަ ވިސްނުން ތަކެއްގައި އިންދާ ސާރާ ސިޑިން ފައިބައިގެން އެދިމާލަށް އައިތަން ސަލްމާގެ ލޮލުގައި އަޅައިގަތެވެ. ސަލްމާ ުބަލަން އިންދާ ސާރާ އައިސް ޖެހިގެން ހުރި ސޯފާގައި އިށީނެވެ. އެއަށްފަހު އޭނާ ސަލްމާއަށް ވަރަށް ފުންކޮށް ބަލައިލިއެވެ. "މަންމާ!" ސާރާ ގޮވައިލިއެވެ. "ހޫމް" ސަލްމާ ބުނެލީ ހަމައެކަނި އެހެންނެވެ. އޭނާ އިނީ ހަމަ ހަޤީގަތުގައި ވެސް ސާރާ ދެކެ ހިންހަމަ ނުޖެހިފއެވެ. "އަޅުގަނޑު ޒައިދާ ކައިވެނި ކުރަން އެއްބަސް" ސާރާގެ އަޑާއެކު ސަލްމާއަށް ސާރާއަށް ބަލައިލެވުނެވެ. ސާރާގެ މޫނުމަތިން އުފާވެރިކަން ނުފެނުނު ނަމަވެސް އެ ޖަވާބުގައި ސާބިތުކަން ވިއެވެ. ސަލްމާގެ ތުންފަތް މައްޗަށް ވެރިވި ހިނިތުންވުމުން އޭނާގެ އުފާވެރިކަން ބަޔާންކޮށްދެއެވެ. (ނުނިމޭ)
ނޫރު-12
ރާއްޖޭގައި ކޮވިޑް-19 އިން ރަނގަޅުވި މީހުންގެ އަދަދު 104 އަށް އަރާފައިވާ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އިއުލާންކޮށްފި އެވެ. މިރޭ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެންއީއޯސީގެ ސްޕޯކްސްޕާސަން މަބްރޫކު އަޒީޒު ވަނީ ޖުމްލަކޮށް ރާއްޖޭގައި މި ބަލިން ރަނގަޅުވި މީހުންގެ އަދަދު 104 އަށް އަރާފައިވާ ކަމަށް އިއުލާންކޮށްފަ އެވެ. ނޫސްވެރިންގެ ބައްދަލުވުމުގެ ކުރިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ހުރި ކަމަށް މައުލޫމާތު ލިބިފައި ވަނީ 91 މީހެކެވެ. މާނައަކީ މި ބަލިން އިތުރު 13 މީހަކު މިއަދު ރަނގަޅުވެފައިވާ ކަމެވެ. ރާއްޖެއިން ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދު ހުރީ 1،216 ގަ އެވެ. ރާއްޖެއިން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 434 ދިވެހީންނާއި، ބަންގްލަދޭޝްގެ 622 މީހުންނާއި، އިންޑިއާގެ 118 މީހަކާއި، ނޭޕާލް 16 މީހުންގެ އިިތުރުން، ލަންކާގެ ހަ މީހަކާއި ޕާކިސްތާންގެ ތިން މީހުން ހިމެނެ އެވެ. މި ބަލީގައި މިހާތަނަށް ރާއްޖެއިން ހަތަރު މީހަކު ނިޔާވެފައިވާ އިރު މިއަދު މި ބަލިން ރަނގަޅުވި އުމުރުން ދުވަސްވީ މީހަކު ވަނީ ނިޔާވެފަ އެވެ. އުމުރުން 80 އަހަރުގެ މި އަންހެން މީހާ ނިޔާވެފައިވަނީ ސިއްހީ އެހެން މައްސަލައަކަށް ފަރުވާ ދެމުން ދަނިކޮށެވެ.
ކޮވިޑް-19 އިން ރަނގަޅުވި މީހުންގެ އަދަދު 104 އަށް އަރައިފި