news
stringlengths
242
32.4k
Title
stringlengths
6
118
ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އަށް އިސްވެރިން މިއަދު ހަމަޖައްސައިފިއެވެ. ހެލްތު މިނިސްޓްރީއިން ކުރި ޓްވީޓްގައި ބުނީ އެމްއެފްޑީއޭގެ އިސްވެރިއަކަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާހިރު ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެޗްޕީއޭގެ އިސްވެރިއަކަށް ހަމަ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހެއިރު ހަމަޖައްސަވާފައިވާ ކަމަށެވެ. އެ ބޭފުޅުންނާ ލިޔުން ހަވާލުކުރެއްވީ މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.
އެޗްޕީއޭގެ އިސްވެރިއަކަށް ޒުހައިރު ހަމަޖައްސައި، އެމްއެފްޑީއޭއަށް ޝާހް
ހެލްތު މިނިސްޓްރީ ހިންގާ އިމާރާތުގައި މަދިރި ބޭސް ފުޅިއެއް ފަޅައިގެން ގޮސް ލީކުވެފައިވާތީ އެ ސަރަހައްދުގެ ގޭތަކުގެ ދޮރުތައް ލައްޕާފައި ބަހައްޓަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ. އެމްއެންޑީއެފުން ބުނި ގޮތުން މިއަދު ހެލްތު މިނިސްޓްރީގައި ހުރި ވައި ގޮޅިއެއްގައި ހުރި ކެމިކަލް ފުޅިތަކެއްގެ ތެރޭން މަދިރި ބޭސް ހުރި 40 ފުޅިއަކުން ވަނީ ލީކުވެފަ އެވެ. އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ގެތަކުގެ ދޮރު ލައްޕާފައި ބެހެއްޓުން މުހިންމު ކަމަށެވެ. އަދި ކެމިކަލުގެ އަސަރު ކޮށްފި ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. މަދިރިބޭސް ކަމަށްވާ މެލިތިއޯންގެ އަސަރުކޮށްފި ނަމަ ކެއްސާއި ނޭވާލާން އުނދަގޫ ވުމާއި ލޮލުން ފެން އައުމާއި ލޯ ފުސްވުން އަދި ބޮލުގައި ރިއްސާ ބޯއެނބުރުން އަދި މޭނުބައިކޮށް ހޮޑުލެވުން ފަދަ ކަންކަން ދިމާވާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. މަދިރި ބޭސްފުޅިއެއް ލީކުވެ ސިފައިން ހަރަކާތްތެރި ވަނީއިތުރަށް ވިދާޅުވުމަށް ކެމިކަލްގެ އަސަރުކޮށްގެން މިއަދު ހެލްތު މިނިސްޓްރީގެ ދެ މުވައްޒަފަކު ވަނީ އަނބުރައިގަނެގެން ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އަދި ބައެއް ސްޓާފުންގެ ބޯ އަނބުރާ ހޮޑުލެވި ކަންކަން ވެފައިވާތީ ސިއްހީ ފަރުވާ ދީފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ. މިހާރު އެމްއެންޑީއެފުން ވަނީ ކެމިކަލް ލީކުވުން ހުއްޓުވައިފަ އެވެ.
މަދިރި ބޭސް ލީކުވި ސަރަހައްދުގެ ގެތަކުގެ ދޮރުތައް ލައްޕާފައި ބަހައްޓަން އިލްތިމާސްކޮށްފި
ބެއިޖިން (ޖެނުއަރީ 15): ޗައިނާގެ ޖައްވީ އުޅަނދަކުން ހަނދަށް ގެންދިޔަ އޮށުން ގަސް ފަޅައިފި ކަމަށް އެ ގައުމުގެ ނެޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަން (އެންއެސްއޭ)އިން ބުނެފި އެވެ. ހަނދުގެ ދުނިޔެއަށް ނުފެންނަ ފަޅިއަށް ޗައިނާއިން ފޮނުވި ޗަންގްއާ 4 ހަނދުގައި ޖެއްސީ މިމަހުގެ ތިނެއްގަ އެވެ. އެއުޅަނދުން ގެންދިޔަ ކާގޯގެ ތެރޭގައި ވައި ބޭރު ނުވާ ގޮތަށް ހަދާފައިވާ ކޮންޓެއިނާއެއްގައި ތަފާތު ވައްތަރުގެ އޮށް އިންދާފައި ހުރި ފަސް ހިމެނެ އެވެ. ހަނދުގައި ކުރިއަށްދާ ތަހުލީލުގައި އިސްކޮށް ހުންނަވާ ޕްރޮފެސާ ލިއު ހަންލޮންގް ވިދާޅުވި ގޮތުގައި ހަނދަށް ގެންދިޔައީ ކަފަ، ރޭޕްސީޑް އަދި އަލުވި އޮށުގެ އިތުރުން ފުރުޓް ފްލައިގެ ބިހެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ފެޅީ ކަފަ ގަސް ކަމަށް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން މިވިސްނަނީ މުސްތަގުބަލުގައި ޖައްވުގައި ދިރިއުޅެވޭނެ ގޮތްތަކާ ބެހޭ ގޮތުން. [ހަނދުގެ] ގްރެވިޓީ ދަށް މާހައުލުގައި އެގަސްތައް ހެދޭ ގޮތް ދިރާސާ ކުރުމުން މުސްތަގުބަލުގައި އަޅުގަނޑުމެންގެ ޖައްވީ މަރުކަޒެއް ބިނާ ކުރުމަށް މަގު ފަހި ވާނެ،" ޕްރޮފެސާ ލިއު ވިދާޅުވި އެވެ. ޕްރޮފެސާ ލިއު ވަނީ ކުރިއަށް އޮތް ތަނުގައި ޖައްވީ ދިރާސާތައް ކުރާ އިރު، އެފަދަ މިޝަންތަކުގައި މިގޮތަށް ގަސްތައް އިންދިދާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެގަސްތަކުން ލިބޭ އަލުވި ކެއުމަށް އަދި ކަފަ އަންނައުނަށް ބޭނުންކޮށް، ރޭޕްސީޑުން ތެޔޮ ހެދޭނެ ކަމަށް ވިދާޅުވެފަ އެވެ. ޗައިނާގެ ވެރިކަން ކުރާ ޕާޓީއާ ގުޅުން ހުރި ޕީޕަލްސް ޑެއިލީ ނޫހުން ވެސް ވަނީ އެކާމިޔާބީ ފާހަގަކޮށް، އެގައުމުން "ހަނދުގައި ފުރަތަމަ ފަހަރަށް ބައޮލޮޖިކަލް އެކްސްޕެރިމެންޓެއް" ކުރިއަށް ގެންގޮސްފައިވާ ކަމަށް ޓުވީޓުކޮށްފަ އެވެ.
ޗައިނާއިން ހަނދަށް ފޮނުވި އުޅަނދުގައި ހުރި އޮށުން ގަސް ފަޅައިފި
މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި ހުޅުމާލޭ ހޮސްޕިޓަލްގެ އެމްބިއުލައިންސް ޑްރައިވަރު ސަސްޕެންޑް ކޮށްފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނީ މަސްތުވާތަކެއްޗާ އެކު ހުޅުމާލޭ ހޮސްޕިޓަލްގެ އެމްބިއުލައިންސް ޑްރައިވަރު ހައްޔަރު ކޮށްފައި ވަނީ އައިޖީއެމްއެޗް ހޮސްޕިޓަލުން ކަމަށެވެ. ހުޅުމާލެ ހޮސްޕިޓަލް ހިންގަމުންދާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލު އާސިޔާ ސޯލިހް ވިދާޅުވީ، އެ މައްސަލައާ ގުޅުގެން ފުލުހުން ވަކި އެއްޗެއް އަންގަންދެން އޭނާ ގޭގައި މަޑުކޮށްލުމަށް އަންގާފައިވާ ކަމަށެވެ. މަސްތުވާތަކެއްޗާ އެކު ހުޅުމާލޭ ހޮސްޕިޓަލްގެ އެމްބިއުލައިންސް ޑްރައިވަރު ހައްޔަރު ކޮށްފައި ވަނީ ހުޅުމާލޭ ހޮސްޕިޓަލުން އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލު ކުރި ބަލި މީހަކު ގޮވައިގެން އައިސް ހުއްޓަ އެވެ. ނަމަވެސް އާދިއްތަ ދުވަހުގެ ރޭ ޑްރައިވަރު ހައްޔަރު ކުރި ނަމަވެސް އެ ރޭ އެމްބިއުލައިންސް ދުއްވާފައި ވަނީ ސީނިއާ ޑްރައިވަރު ކަމަށް އާސިޔާ ވިދާޅުވި އެވެ. އަދި ހައްރުކުރި ޖޫނިއާ ޑްރައިވަރު ހުރީ އެހީތެރެއެއްގެ ގޮތުގައި ކަމަށް ވެސް އާސިޔާ ވިދާޅުވި އެވެ. އެނގިފައިވާ ގޮތުގައި ހުޅުމާލޭ ހޮސްޕިޓަލްގެ އެމްބިއުލައިންސް ޑަރައިވަރު ހައްޔަރު ކޮށްފައި ވަނީ މަސްތުގެ ހާލުގައި ހުއްޓަ އެވެ. އަދި އޭނާގެ އަތުން މަސްތުވާތަކެތީތެ ދެ ޕީސް ކޮޅު ފެނިފައިވާކަން ވަނީ އެނގިފަ އެވެ. އޭނާ މިހާރު ދޫކޮށްލާފައި ހުރި ނަމަވެސް އެ މައްސަލަ ތަހްގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
ޑްރަގާ އެކު ހައްޔަރު ކުރި އެމްބިއުލައިންސް ޑްރައިވަރު ސަސްޕެންޑް ކޮށްފި
ރައީސުލްޖުމްހޫރިއްޔާ ކަން ކޮށްފައިވާ މީހުންނަށް މަޖިލީހަށް ކުރިމަތި ނުލެވޭ ގޮތަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ހުށަހެޅި ބިލް ގާނޫނު އަސާސީއާ ތައާރުޒުވާ ކަމަށް އެމްޑީޕީން ބުނެފި އެވެ. އެ އިސްލާހާއި ގުޅިގެން އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، މެންބަރު ލަތީފްގެ އިސްލާހު، އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް ވަރަށް ބޮޑަށް އަމާޒުވާ ކަމަށެވެ. މަޖިލީހަށް ކުރިމަތިލެވޭނެ މީހުންގެ ޝަރުތުތައް ވަނީ ގާނޫނު އަސާސީގައި ކަނޑާއަޅާފައިކަން ފާހަގަކޮށް ހަސަން ލަތީފް ވިދާޅުވީ، ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަ ނުކުރެވޭނެ ކަމަށް ކަނޑައަޅަން ޖެހޭނީ ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ކަމަށެވެ. "އެހެންވީމަ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު ހުށަހެޅުއްވި އިސްލާހު ގާނޫނު އަސާސީއާ ކަނޑައެޅިގެން ތައާރަޒުވާ އިސްލާހެއް ނޫން ގޮތަކަށް ބެލެވޭކަށް ނެތް،" މަޝްހޫރު ގާނޫނީ ވަކީލް ހަސަން ލަތީފް ވިދާޅުވި އެވެ. "ގާނޫނު އަސާސީގައި ޝަރުތުތަކެއް ކަނޑެޅިފައި ހުރިކަމުގައި ވަންޏާ އޭގެން އެއްވެސް ޝަރުތެއް ގާނޫނަކުންނެއް އުންޏެއް ވެސް ނުކުރެވޭނެ އަދި އެ ޝަރުތުތަކުގެ އިތުރަށް ޝަރުތެއް ހުށަހެއް ވެސް ނޭޅޭނެ. އެކަން ކުރެވޭނީ ހަމައެކަނި ގާނޫނު އަސާސީ ބަދަލުކޮށްގެން،" އަބްދުއްލަތީފްގެ އިސްލާހު މިހާރު ވަނީ މަޖިލީހަށް ހުށަހަޅާފައިކަން ފާހަގަކޮށް ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީން ދެކޭ ގޮތުގައި އެ އިސްލާމު މަޖިލީހަށް ބަލައި ނުގަނެވޭނެ ކަމަށެވެ. އެ އިސްލާހު ހުށަހެޅި މެންބަރު ލަތީފް އަކީ ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މެންބަރެއްކަން ފާހަގަކޮށް ހަސަން ލަތީފް ވިދާޅުވީ، ކޯލިޝަންގައި ހިމެނޭ ޕާޓީއެއްގެ މެންބަރެއް އެފަދަ އިސްލާހެއް ހުށަހެޅުމުން ކަންބޮޑުވާ ކަމަށެވެ. "ކޯލިޝަނެއް އޮންނަ އިރު އަޅުގަނޑުމެނަށް ޕާޓީތައް އެކީގައި މަސައްކަތް ކުރާ އިރު ރައްޔިތުންގެ މަޖިލީހުގައި ވެސް އަދި ސަރުކާރުގައި ވެސް މަސައްކަތް ކުރަންވާނީ އެކު އެކީގައި މަޝްވަރާ ކުރެވިގެން،" ހަސަން ލަތީފް ވިދާޅުވި އެވެ. މެންބަރު ލަތީފް ހުށަހެޅުއްވި އިސްލާހު މަޖިލީހަށް ބަލައިގެނެ ފާސްވިޔަ ނުދެއްވާނެ ކަމަށް ލަތީފް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް މަޖިލިސް އިންތިހާބްގައި ވާދަ ކޮށް ރައީސް ނަޝީދު ކާމިޔާބް ކުރައްވާނެ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ. އެ އިސްލާހު ލަތީފް ހުށަހެޅުއްވީ ޖޭޕީ ޕާލިމެންޓްރީ ގްރޫޕްގައި މަޝްވަރާ ނުކޮށް ކަމަށާއި އެހެން ކަމުން އެ ބިލް އަނބުރާ ނެގުމަށް އޭނާއަށް ދަންނަވާފައިވާ ކަމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒު ވަނީ ވިދާޅުވެފަ އެވެ.
ކުރީގެ ރައީސުންނަށް މަޖިލީހަށް ކުރިމަތިނުލެވޭ އިސްލާހު ގާނޫނު އަސާސީއާ ތައާރުޒުވޭ: އެމްޑީޕީ
މިއަންނަ ހުކުރު ދުވަހު ބާއްވާ އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި 86،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ކަމަށް އެޕާޓީން ބުނެއެފިއެވެ. އެމްޑީޕީ ޕްރައިމަރީގައި ވޯޓް ލެވޭ މީހުންގެ ދާއިމީ ލިސްޓް މިއަދު ވަނީ އާންމުކުރައްވާފައެވެ. އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހިމް މަނިކު މިއަދު "ސަން" އަށް ވިދާޅުވީ، ދާއިމީ ލިސްޓްގައި ދަފްތަރުގެ މީހުން އަދި ހިމަނާފައި ނުވާނެ ކަމަށާއި ދަފްތަރު މީހުންނާ އެކު 86،091 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެން ވާ ކަމަށެވެ. ދާއިމީ ލިސްޓް މިހާރު ވަނީ އެޕާޓީ ވެބްސައިޓްފައި ޝާއިއުކޮށްފައެވެ. ދަފްތަރު މީހުން ނުހިމަނާ އަންމު ކުރި ދާއިމީ ލިސްޓްގައި ވާގޮތުން 84،880 މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. މަނިކު ވިދާޅުވީ، ވަރަށް އަވަހަށް އެ ޕާޓީގެ މެމްބަރުންގެ ތެރެއިން ދަފްތަރުގައި ހިމެނޭ މީހުންގެ ލިސްޓް ވެސް އާންމު ކުރައްވާނެ ކަމަށެވެ. އަދި އެ ލިސްޓް ގައި އެކުލަވާލައިފައިވަނީ އިލެކްޝަން ކޮމިޝަން އިން މާލޭ ދާއިރާތަކަށް ދަފްތަރު މީހުން ބާހާފައިވާ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަންނަ އެޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރެވުމަށް ޕްރައިމަރީއަށް 280 ފަރާތުން ވަނީ ކުރިމަތިލައިފަ އެވެ. މަޖިލީހުގެ 86 ދާއިރާއަކަށް އެޕާޓީގެ ފަރާތުން ކުރިމަތިލައްވާ އިރު، އެންމެ ކެންޑިޑޭޓެއް ކުރިމަތިލާފައި އޮތުމުން ނުވަ ދާއިރާގެ ޕްރައިމަރީ ނޯންނާނެއެވެ. އެހެން ކަމުން ޕްރައިމްރީ ބޭއްވުމަށް ހަމަޖެހިފައިވަނީ 77 ދާއިރާއެއްގައެވެ.
ޕްރައިމަރީގައި 86،000 މިީހުނަށް ވޯޓުދިނުމުގެ ހައްގު ލިބިގެންވޭ: އެމްޑީޕީ
ބެރޮން (ޖެނުއަރީ 15): މިދިޔަ އޮކްޓޯބަރު މަހު އެމެރިކާގެ ވިސްކޮންސިންގައި ކިޑްނެޕް ކުރި 13 އަހަރުގެ ޖޭމީ ކްލޮސް، ކިޑްނެޕް ކުރި މީހާގެ އަތްދަށުގައި ހޭދަ ކުރި 88 ދުވަހާއި ސަލާމަތްވި ގޮތުގެ ވާހަކަ ފުލުހުންނަށް ކިޔާ ދީފި އެވެ. ޖޭމީ ކިޑްނެޕް ކުރި ޖޭކް ތޯމަސް ޕެޓާސަންއާ މައްޗަށް ކޯޓުން ވަނީ ދެ މީހަކު މެރުމާއި ކިޑްނެޕް ކުރުމާއި ވައްކަން ކުރުމުގެ ދައުވާކޮށްފަ އެވެ. އަދި އެމައްސަލައާ ގުޅިގެން ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގައި ވަނީ އެ ހާދިސާ ހިނގި ގޮތް ޖޭމީ އާއި ޕެޓާސަން ކިޔާ ދިން ގޮތް ހިމަނާފަ އެވެ. އެ މައްސަލަ ތަހުގީގު ކުރާ ފަރާތްތަކާ ވާހަކަ ދައްކަމުން ޕެޓާސަން ބުނި ގޮތުގައި އޭނާއަށް ފުރަތަމަ ޖޭމީ ފެނުނީ ސްކޫލު ބަހަށް އަރަނިކޮށެވެ. އަދި އެކުއްޖާ ކިޑްނެޕް ކުރަން އޭނާ ނިންމީ އެހާހިސާބުންނެވެ. އުމުރުން 13 އަހަރުގެ ޖޭމީ ކްލޮސް ފެނިފައި ވަނީ ގެއްލުނުތާ 18 ދުވަސް ފަހުން -- ފޮޓޯ: އެފްބީއައި ޕެޓާސަން ބުނި ގޮތުގައި އޭނާ ވަނީ ޖޭމީ ކިޑްނެޕް ކުރުމުގެ ބޭނުމުގައި އެ ކުއްޖާ ދިރިއުޅޭ ގެ ކައިރިއަށް ދެ ފަހަރަކު ގޮސްފަ އެވެ. ނަމަވެސް އެގޭގައި މާގިނަ މީހުން ތިބުމުން އެދެ ފަހަރު އޭނާ އަނބުރާ ދިޔައީ އެވެ. އަދި އޭގެ ފަހުން އޭނާ ކްލޮސް އާއިލާ ދިރިއުޅޭ ގެޔަށް ދިޔައީ އޮކްޓޯބަރު 15ގަ އެވެ. ޖޭމީ ބުނި ގޮތުގައި އެރޭ އޭނާއަށް ހޭލެވުނީ ގެކައިރީގައި ކާރެއް އޮތްވަ އެވެ. އަދި ގޭގެ ދޮރު ކައިރިއަށް ބަޑިއެއް ހިފައިގެން ހުރި މީހަކު އައުމުން، އެއީ ކާކުތޯ ބަލަން ޖޭމީގެ ބައްޕަ ދިޔަ އެވެ. އޭރު ޖޭމީ އާއި އޭނާގެ މަންމަ ތިބީ ފާހާނާ ތެރޭ ފިލަ އެވެ. ދެން އިވުނީ ދޮރު ކައިރީ ހުރި މީހާ ބަޑި ޖެހި އަޑެވެ. އަދި އެވަގުތު ޖޭމީގެ ބައްޕަ މަރާލިކަން އެނގުނު ކަމަށް އެކުއްޖާ ބުންޏެވެ. ޖޭމީ ކިޔާ ދިން ގޮތުގައި، ބަޑި ޖެހި އަޑު އިވުމުން އެކުއްޖާގެ މަންމަ ފުލުހުންނަށް ގުޅަން މަސައްކަތްކުރި އެވެ. ނަމަވެސް އެވަގުތު ބަޑި ހިފައިގެން ހުރި ޕެޓާސަން ފާހާނާއަށް ވަދެ، ފޯނު ބޭއްވުމަށް އެންގި އެވެ. އަދި ޖޭމީގެ މަންމަ ލައްވާ އޭނާގެ އަނގާގައި ޓޭޕު އެޅުވުމަށް ފަހު، މަންމަގެ ގަޔަށް ބަޑި ޖަހާ މެރި ކަމަށް ޖޭމީ ބުންނެވެ. ޖޭމީ ކްލޮސް ކިޑްނެޕް ކުރި ޖޭކް ތޯމަސް ޕެޓާސަން -- ފޮޓޯ: އެންވައިޓައިމްސް އެއަށް ފަހު ޕެޓާސަން، ޖޭމީގެ ދެ އަތާއި ދެ ފައި ބަނދެގެން ގޮސް އޭނާގެ ކާރަށް އެރުވި އެވެ. ޖޭމީ ބުނި ގޮތުގައި ޕެޓާސަން އޭނާ ގެންދިޔައީ އޭނާގެ ގެޔަށެވެ. އަދި ބައެއް ފަހަރު ޕެޓާސަންގެ އެކުވެރިން އެގެޔަށް ދާ ކަމަށާއި އެފަދަ ވަގުތުތަކުގައި، ޕެޓާސަންގެ އެނދު ދަށުގައި ޖޭމީ ފިލަން މަޖުބޫރު ކުރުވާ ކަމަށް ޖޭމީ ބުންޏެވެ. "އެނދު ދަށުގައި (ޖޭމީ) ފިލަން މަޖުބޫރު ކުރުވި އިރު، ޖޭމީއަށް ނުނިކުމެވޭ ގޮތަށް، އެނދުގެ ވަށައިގެން ބަރުކޮށްފައިވާ ފޮށިތަކާއި ވަށިގަނޑުތައް ބެހެއްޓި،" ޖޭމީ ބުނި ކަމަށް ކޯޓަށް ހުށަހެޅި ލިޔުމުގައިވެ އެވެ. ޕެޓާސަން ބުނި ގޮތުގައި ޖޭމީ ވަނީ ދެފަހަރަކު އެގެއިން ފިލަން މަސައްކަތްކޮށްފަ އެވެ. އޭގެ ސަބަބުން ޖޭމީ ބިރު ގަންނަވަން ހަޅޭއްލަވާ ފާރުގައި ތެޅި ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ކްރިސްމަސް ޗުއްޓީ ތެރޭ ޕެޓާސަން އެ ގެ ދޫކޮށް ދިޔަ ކަމަށާއި އޭގެ ސަބަބުން 12 ގަޑި އިރުވަންދެން ފާހާނާ އަށް ނުގޮސް، އެނދު ދަށުގައި ޖޭމީއަށް އޮންނަން ޖެހުނު ކަމަށް ލިޔުންތަކުގައިވެ އެވެ. އޭގެ ފަހުން ޖޭމީއަށް ސަލާމަތްވެވުނީ މިދިޔަ ބުރާސްފަތި ދުވަހު ޕެޓާސަން އަނެއްކާ ވެސް ގެއިން ބޭރަށް ދިޔުމުންނެވެ. ޖޭމީ ފިލީ އެނދު ކައިރީގައި ހުރި ފޮށިތައް އެއް ފަރާތްކޮށް، ޕެޓާސަންގެ ބޫޓަށް އަރައިގެންނެވެ. އަދި ޖޭމީ އެގެއިން ނުކުމެގެން ދަނިކޮށް ޕެޓާސަން ހުންނަ ގެއާ ކައިރިން ހިނގާފައި ދިޔަ މީހަކަށް އެކުއްޖާ ފެނިގެން ކުއްޖާ ސަލާމަތް ކުރީ އެވެ. ޕެޓާސަން ބުނި ގޮތުގައި އެ ދުވަހު އޭނާ ގެއިން ބޭރަށް ދިޔައީ ގާތްގަނޑަކަށް ފަހެއް ނުވަތަ ހަ ގަޑި އިރަށެވެ. އަދި ފުލުހުން އޭނާ ހައްޔަރު ކުރީ ޖޭމީ ހޯދުމަށް ނުކުމެގެން އުޅެނިކޮށެވެ. އެ މައްސަލަ ބަލަމުންދާ ކޯޓުން ނިންމި ގޮތުގައި ޕެޓާސަން ކަފާލާތުގެ ދަށުން ދޫކޮށްލެވޭނީ ފަސް މިލިއަން ޑޮލަރު ދެއްކުމުންނެވެ. އަދި ދެން އޭނާ ކޯޓަށް ހާޒިރު ކުރާނީ އަންނަ މަހުގެ ހަޔެއްގަ އެވެ. -- ސީއެންއެން
ކިޑްނެޕް ކުރި މީހާގެ އަތްދަށުގައި ހޭދަ ކުރި 88 ދުވަހާއި ސަލާމަތްވި ގޮތް!
ލިވަޕޫލްގެ ފޯވާޑް މުހަންމަދު ޞަލާޙަށް މީހުންގެ ފަރާތުން އަންނަ ފާޑުކިޔުންތައް ދިފާއުކޮށް އެޓީމުގެ ކެޕްޓަން ޖޯޑަން ހެންޑަރސަން ވާހަކަދައްކައިފިއެވެ. ހެންޑަރސަން ބުނީ، މީހުންގެ ފާޑު ކިޔުމުން ޞަލާހަށް ލިބިގެންދަނީ އިތުރު ހިތްވަރެއް ކަމަށެވެ. މުހައްމަދު ޞަލާހު ވަނީ ވޭތުވެ ދިޔަ ދެ މެޗުގައި ވެސް ޕެނަލްޓީއެއް ހޯދައި ލިބުނު ދެ ޕެނަލްޓީވެސް ކާމިޔާބު ކޮށްފައެވެ. ނަމަވެސް ޞަލާހު ޕެނަލްޓީ ހޯދަން ގަސްތުގައި ވެއްޓިގަތީ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފާޑު ކިޔައިފައެވެ. މުހައްމަދު ސަލާހް ގޯލު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ-- މިސްރުގެ ފޯވާޑް ޞަލާހު ދަނީ ހިނގަމުން މިދާ ސީޒަނުގައި މޮޅު ކުޅުމެއް ދައްކައި ގިނަ ގޯލްތަކެއް ވެސް ޖަހަމުންނެވެ. އެގޮތުން 22 މެޗު ކުޅެ 14 ގޯލު ޖަހައި މި ސީޒަނުގެ ޕްރިމިއަރ ލީގުގަ މިވަގުތު އެންމެ ގިނަ ގޯލު ޖަހާފައިވާ 3 ކުޅުންތެރިންގެ ތެރޭގައި ޞަލާހް ވަނީ ހިމެނިފައެވެ. "އެއީ ޕެނަލްޓީއެއް، ހަމަ ސީދާ ޕެނަލްޓީއެއް. އެކަމު ދެން އިތުރަށް މިވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް،" އިނގިރޭސިވިލާތުގެ މީޑިއާތަކާ ވާހަކަދައްކަމުން ހެންޑަސަން ބުންޏެވެ. "އޭނަ ދަނޑުމަތީ ކުރާ ބައެއް ކަން ކަމަކީ އަބަދު ފެންނާނެ ކަންކަމެއް ނޫން، ވީމާ އަހަރަމެން ޖެހޭނެ އެކަން ބަލައި ގަންނަން. އޭނާއަކީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިއެއް." މުހައްމަދު ސަލާހް ޕެނަލްޓީީީިި ޖެހުމުގެ ތެރެއިން މިދިޔަ ސީޒަންގައި އިނގިރޭސި ލީގުގެ އެންމެ ގިނަ ގޯލް ޖަހާފައިވާ ޞަލާހު ކުޅޭތަން ބެލުމަކީ ގިނަ ބަޔަކަށް ހިންހަމަ ޖެހުން ގެނުވާ ކަމެއް ކަމަށާއި އޭނާގެ ހުނަރުވެރި ކުޅުމަށް ތައުރީފު ކުރަން ޖެހޭކަމަށް ވެސް ހެންޑަސަން ބުންޏެވެ. "ޞަލާހު ދެކެ ހިތްހަމަ ނުޖެހުން ފާޅުކޮށް ކިތަންމެ ވަރަށް ޕްރެޝަރު ކުރިޔަސް އޭނާއަކަށް އަސަރެއް ނުކުރާނެ. އިތުރަށް އޭނަގެ ކުޅުން ރަނގަޅު ވާނީ. އޭނައަކީ އެއަށް ވުރެން މާ އަޒުމް ވަރުގަދަ ކުޅުންތެރިއެއް."
ފާޑުކިޔުންތަކުން ޞަލާޙަށް ލިބެނީ އިތުރު ހިތްވަރެއް: ހެންޑަރސަން
ރާއްޖޭގެ ކުރިއަރާފައިވާ ވިޔަފާރި ކުންފުނިތައް ފާހަގަކޮށް ދެވޭ "ގޯލްޑް 100 ބިޒްނަސް އެވޯޑްސް"ގެ ޕްލެޓިނަމް ޕާރޓްނަރގެ ގޮތުގައި މިއަހަރުވެސް ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފިއެވެ. މިއީ ރާއްޖޭގެ ވިޔަފާރިއާއި މާލީ ދާއިރާ އާ ގުޅޭ ޚަބަރުތައް ގެނެސްދޭ " ކޯޕަރޭޓް މޯލްޑިވްސް" އާއެކު މި އެވޯޑް ދިނުމުގައި ބޭންކުން ޖެހިޖެހިގެން ބައިވެރިވާ ތިންވަނަ އަހަރެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް ރާއްޖޭގެ އެންމެ ކުރިއަރާފައިވާ 100 ވިޔަފާރި ހޮވުމަށްޓަކައި ހުށަހެޅޭ ކުންފުނިތަކުގެ މައުލޫމާތު އިވެލުއޭޓްކުރުމަށް މިނިވަން ކޮންސަލްޓަންސީ ފާމެއްވަނީ ކަނޑައަޅާފައެވެ. މި އެވޯޑް ލިބޭ ފަރާތްތައް އާންމުކުރެވިގެންދާނީ 23 ފެބްރުއަރީ 2019ގައި ބޭއްވުމަށް ހަމަޖެހިފައިވާ ގޯލްޑް 100 ގާލާ އިވެންޓުގައެވެ. މި ސްޕޮންސަރޝިޕް އާ ގުޅޭގޮތުން ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ބިޒްނަސް ކުލްދީޕް ޕަލިވާލް ވިދާޅުވީ " ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ވިޔަފާރިތަކަށް އަމާޒުކޮށް ދެވޭ ގޯލްޑް 100 އެވޯޑް ދިނުމަށް ކޯޕަރޭޓް މޯލްޑިވްސް އާ އެކު ތިންވަނަ އަހަރަކު ޕަރޓްނަރޝިޕެއް ގާއިމުކުރެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ކަމަށެވެ. "ބޭންކުން މިދަނީ ރާއްޖޭގެ ވިޔަފާރިތަކަށް ދޭ އެހީތެރިކަން އިތުރުކުރަމުން. އަދި މި އެވޯޑާއެކު ބޭންކުން މިދަނީ އެ ކުންފުނިތަކުން ހޯދަމުންދާ ކާމިޔާބުތަކުގެ އަގުވަޒަންކުރަމުންވެސްމެ." އޭނާ ވިދާޅުވިއެވެ. މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ބްރާންޗް، ރިލޭޝަންޝިޕް މެނޭޖަރުން، ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، އޭޓީއެމް، ޕީއޯއެސް މަރޗަންޓުން އަދި 20 އަތޮޅުގައި އެޖެންޓުން ހިމެނޭ ބޭންކިންގ ވިއުގައެއްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
"ގޯލްޑް 100" އެވޯޑްސްގެ ޕްލެޓިނަމް ޕާރޓްނަރަކަށް މިއަހަރުވެސް ބީއެމްއެލް
"އައި އެމް ސޮރީ ނާލް! އައި އެމް ސޮރީ..." އިޒިއަންގެ އަނގައިން އެ ބަސްތައް ބޭރުވަމުން ދިޔައިރު އެ އަޑުގައިވި ވޭނާ ރިހުން ސިއްރެއްނުވިއެވެ. އަޑުގައި މަޑު ތުރު ތުރެއްވީ އޭނާގެ ހިތަށް ވަމުން ދިޔަ ގޮތުން ވާހަކަ ދައްކަން އުނދަގޫވީތީއެވެ. ތިރީ ތުންފަތުގައި ދަތް އަޅާލުމަށްފަހު ތުންފަތް ތެތްމާލީ ލިބިފައިވާ ހާސްކަން ދުރުކުރަން އުޅޭފަދައަކުންނެވެ. އެތަށް އިރަކު އަނާލްގެ މައުސޫމް މޫނަށް ނަޒަރު ހުއްޓާލައިގެން އިޒިއަން އިނެވެ. އެހެން އިންއިރު އެހިތަށް އަރާ ފައިބަމުން ދިޔަ އެއްޗެހިން އޭނާ ބައެއްފަހަރު ދެފަރާތަށް ބޯހޫރާލައެވެ. އަނެއްބައި ފަހަރު ނިތްކުރިމަތީގައި އަތް ހާކާލާނެއެވެ. އަނގަމަތި ފުހެލާނެއެވެ. ގޮނޑީގައި އިށީނދެ އަނާލްއަށް ނަޒަރު ހުއްޓާލައިގެން އިން އިޒިއަންއަށް ސިހުން ގެނުވީ ކުއްލިއަކަށް ވަރަށް ބާރު މިނުގައި ދޮރު ހުޅުވުނު އަޑަށެވެ. އޭނާ ދޮރާ ދިމާލަށް ބަލާލިއިރު އައްމާރުއާއި އަންހެނުން މަޒާޔާގެ އިތުރުން އެ އާއިލާގެ އިތުރު މެންބަރުން ވެސް ވަންނަނީއެވެ. އިޒިއަން ގޮނޑިން ތެދުވަމުން ދުރަށް ޖެހިލިއެވެ. އަދި އައްމާރުއަށް ބަލާލާ އިސްޖަހާލީ ކުށްވެރިއެއް ފަދައިންނެވެ. އައްމާރު އިޒިއަންއަށް ބަލާލަމުން ބޯ ޖަހާލީ ހާސްނުވާށޭ ބުނަމުންނެވެ. އޭނާ އިޒިއަންގެ ބޮލުގައި އެއިން އެއްވެސް ކަމެއް ނާޅުވަމޭ ބުނާކަހަލަ ގޮތަކަށެވެ. ރަކީންއާއި ޝާހީން ވެސް އައިސް އެނދު ގާތަށް ހުއްޓުނެވެ. އިޒިއަން ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ހުއްޓެވެ. "ނާލްއަށް ކިހިނެތްތަ ވީ؟" މަޒާޔާއަށް ސުވާލުކޮށްލެވުނެވެ. އޭނާ ބޭނުންވީ ވީ ގޮތުގެ އެންމެ ފުރިހަމަ ތަފްސީލެވެ. އެހެންކަމުން އިޒިއަންއަށް ބަލާލަމުން އޭނާ ޖަވާބަކަށް އިންތިޒާރުކުރިއެވެ. އަނާލްގެ ކައިރިއަށް ޖެހިލާ ބޮލުގައި ފިރުމާލުމާއެކު މަޒާޔާގެ ބަޑި ފަޅައިގެން ގޮސް ރޮވިއްޖެއެވެ. ރޮމުންރޮމުން އޭނާ ދެވަނަ ފަހަރަށް ވެސް އިސްޖަހާލައިގެން ހުރި އިޒިއަންއަށް ބާލާލާ ސުވާލުކޮށްލިއެވެ. އިޒިއަން އިސް އުފުލާލަމުން މަޒާޔާއާ ހަތަރު ކަޅި ހަމަކޮށްލިއެވެ. މަޒާޔާގެ ލޮލުން އޭނާއަށް ކަންބޮޑުވުމާ ހާސްކަން ފިޔަވާ އިތުރު އެއްޗެއް ނުފެނުނެވެ. މައެއް ދަރިއަކުދެކެ ވާ ލޯބި ސާފު ބިއްލޫރު ކޮޅެއްގެ ސިފައިގައި އިޒިއަންއަށް ފެންނަމުން ދިޔައެވެ. އިސްޖަހާލެވުނީ އެހެންވެއެވެ. އަނާލްއަށްވި ހުރިހާ ކަމެއްގެ ޒިންމާ އޭނާ ނަގަން ޖެހޭނެކަމަށް އެ ސިކުނޑިއަށް ވިސްނުނީތީއެވެ. އިޒިއަން ހިތްވަރު ކޮށްފައި ވީ ގޮތް ކިޔައިދިނެވެ. އެންމެން އެތަނުގައި ތިއްބާ ދޮރު ހުޅުވާލާފައި ވަތް ރަމްޔާ ފެނި އައްމާރު ހިނިތުންވެލިތަން ފެނުނެވެ. ދެންތިބި އެންމެން ވެސް ޑރ ރަމްޔާއަށް ތަންދެމުން އެއްފަރާތަކަށް ޖެހިލިއެވެ. ޑޮކްޓަރ ރަމްޔާ އަނާލް ގާތުން އަބަދު ފެންނަމުން ދާތީ އެކަމަށް ވެސް އިޒިއަންގެ ޝައުގުވެރިކަން ހުއްޓުނެވެ. ކުރިން ދުވަހުވެސް އޭނާއަށް އަނާލްއާއި ރަމްޔާއާއި ވަނީ ފެނިފައެވެ. އޭގެ ކުރިން މީޓިން އޮތް ދުވަހުވެސް ފެނުނެވެ. ޑޮކްޓަރ ރަމްޔާއަކީ ސައިކޭޓްރިސްޓަކަށް ވެފައި އަނާލް ރަމްޔާ ގާތުން ފަރުވާ ނަގަނީކަން އިޒިއަންއަށް ގާތްގަނޑަކަށް ޔަގީންވިއެވެ. "އަޅުގަނޑު ބޭނުން ވާހަކައެއް ދައްކާލަން..." ރަމްޔާ އައްމާރުއަށް ބަލާލަމުން ބުނެލިއެވެ. ރަމްޔާ އިޒިއަންއަށް ބަލާލީ އެތަނުގައި ގެއިން ބޭރު މީހަކަށް ހުރީ ހަމައެކަނި އިޒިއަންއަށް ވީމައެވެ. ވީގޮތް ވިސްނުމާއެކު އިޒިއަން ވާހަކަ ދެއްކިއެވެ. "އައިލް ވެއިޓް އައުޓް ސައިޑް..." އިޒިއަން ދަމުން އަދިވެސް އެއްފަހަރު އަނާލްއަށް ބަލާލިއެވެ. ރޫމްގެ ދޮރުމަތީގައ ދެފަރާތަށް ހިނގަމުން ދިޔަ އިޒިއަންއަށް އިރުއިރު ކޮޅަކާ އެ ރޫމްގެ ދޮރަށް ބަލާލެވެނީ ރަމްޔާއާއި އެ ދެމެދުގައި ދެކެވެނީ ކޮންވާހަކައެއްބާއޭ ހިތަށް އަރާ ހާލުގައެވެ. "އަސްލު މި ވީ ގޮތުން އަނާލްއަށް ވަރަށް ބޮޑެތި އަސަރު ތަކެއް ކުރާނެ، މާޒީގައި ދިމާވީ ކުޑަކަމެއް ނޫން، އަދިވެސް އެކަމުން އަރައި ނުގަނެވި އުޅޭއިރު ކުރިއަށް އޮތްތާ މި ފަދަ ކަންތައްތައް ދިމާވަންޏާ، އައެމް ސޮރީ ޓު ސޭ ދެޓް ނާލް ކުރިން ހުރި ސްޓޭޖަށް ވެއްޓުން އެކަށީގެންވޭ... ނާލްގެ ޑޮކްޓަރުގެ ހައިސިއްޔަތުން މި ވާހަކަތައް ހިއްސާކުރުން މުހިންމު ކަމަކަށް ވާތީ މިބުނެލަނީ... ކޮންމެހެން ކުރީގެ ހާލަތަށް ދާކަށް މަޖުބޫރެއް ނޫން... އެކަމަކު ހަމަ ޕޮސިބިލިޓީއެއް... އާއިލާ ގެ ސަޕޯޓް ނާލްއަށް އެންމެ ފުރިހަމަ ގޮތުގައި ލިބޭނެކަން ޔަގީން ކުރަން... " ރަމްޔާ ފަހަރަކު މީހެއް މޫނަށް ބަލަމުން އަތުން ހަރަކާތް ކުރަމުން ވާހަކަ ދައްކަމުން ދިޔައީ ފަރުވާތެރިކަމާއެކުގައެވެ. "ނާލް" އެންމެންގެ ސަމާލުކަން މަޒާޔާ އަތުލީ އޭނާ އަނާލްއަށް ގޮވާލުމުންނެވެ. އަނާލް މަޑުމަޑުން އެސްފިޔަތަށް ތަޅުވާލުމަށްފަހު ދެލޯ ހުޅުވާލިއެވެ. މީހާ ސިއްސައިގެން ދިޔަ ފަދައަކުން އަނާލް ކުޑަ ހަޅޭކަކާއެކު ތެދުވަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އޭނާގެ ބޮލަށް ބަރުވެފައި ހުރުމުގެ ސަބަބުން އެކަން ކާމިޔާބެއް ނުވިއެވެ. މަޒާޔާ އަނާލް ހިފައްޓާލިއެވެ. "ނޫން ނޫން ނޫން....." ހަމަހޭވެރިކަންވި އަނާލް މަޒާޔާގެ އަތް ފޮޅުވާލަމުން ކޮށްޕާލިއެވެ. އަނާލް ލޯ މަރައިގެން އިންއިރު އެ ނޭވާ އަވަސް ވަމުން ދިޔައެވެ. ރަމްޔާ އަނާލްއާ ކައިރިވެފައި ވާހަކަ ދެއްކިއެވެ. "ނާލް! ނޭވާ ލާން މަސައްކަތް ކުރޭ! މިތާ ތިބީ ހުސް ނާލްގެ ފެމެލީ މީހުން... އެކަކުވެސް ނާލްއަކަށް ގެއްލުމެއް ނުދޭނެ... މަސައްކަތް ކުރޭ ނާލް! ނާލްއަށް ވާނެ!" ރަމްޔާ ވާހަކަ ދައްކަމުން ދިޔައެވެ. އަނާލް އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަމުން ވަށައިގެންވީ މާހައުލަށް ބަލާލިއެވެ. އައްމާރު މަޒާޔާ ހިފައްޓައިގެން ހުރިގޮތުން ދެންމެ އޭނާއަށް ކޮށްޕާލެވުނީ މަޒާޔާ ކަން އެނގި އަނާލްއަށް ހިންދިރުވާލެވުނެވެ. "އައި އެމް ސޮރީ...!" މަޒާޔާ ގާތުން މާފަށް އެދުމަށްފަހު އަނާލް އޭނާގެ ދެއަތުގެ ތެރޭގައި މޫނު ފޮރުވާލިއެވެ. އަދި އެއަށްފަހު އޭނާ ވާހަކަ ދައްކަން ފެށިއެވެ. "އެންމެން ދޭ މިތަނުން..." އަނާލް ބުނެލިއެވެ. "ނާލް އިޓްސް އޯކޭ... ހަމަޖެހިބަލަ... ނާލްއަށް...." ޝާހީން ވާހަކަ ދައްކަން ފެށުމާއެކު އަނާލް ކަންފަތުގައި އަތް އަޅާލިއެވެ. "މި ބުނީނު ނުކުންނާށޭ ހުރިހާ އެންމެން" އަނާލް ހަޅޭއްލަވައިގަންނަމުން ބުނެލިއެވެ. އަނާލްގެ ސިކުނޑިއަށް ބާރުކުރަން ފެށުމާއެކު އޭނާއަށް އަމިއްލަ ނަފްސު ކޮންޓްރޯލްގެ ދަށަށް ގެންނަން އުނދަގޫވީއެވެ. މަޒާޔާ އަނާލްއާ ގާތަށް ފިޔަވަޅެއް އަޅާލި ނަމަވެސް މަޑުކޮށްލަން ޖެހުނީ ރަމްޔާގެ އިޝާރާތަށެވެ. އޭނާ އެދުނީ އެންމެން ނުކުތުމަށެވެ. އައްމާރު ފަހަރަކު މީހެއްގެ މޫނަށް ބަލާލަމުން ދޮރާ ދިމާލަށް ދިޔައެވެ. މަޒާޔާވެސް ކަރުނަވީ ދެލޮލުން އަނާލްއަށް ބަލާލުމަށްފަހު ދެވަނަ ފަހަރަށް ރަމްޔާއަށް ބަލާލީ އާދޭހުގެ ބެލުމަކުންނެވެ. ރަމްޔާ ބޯ ޖަހާލީ އޭނާއަށް އިތުބާރު ކުރާށޭ ބުނާފަދަގޮތަކަށެވެ. ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި އިޒިއަންއަށް އެންމެން ބޭރަށް ނުކުތުމާއެކު ދެބުމަ އަރުވާލެވުނެވެ. އެތެރޭން ރަމްޔާ ދޮރު ލައްޕާލިތަންވެސް އޭނާއަށް ފެނުނެވެ. "ނާލް..." އަނާލް ގާތަށް ގޮސް ރަމްޔާ އޯގާތެރިކަމާއެކު ވާހަކަ ދެއްކިއެވެ. އޭނާ އެނދުގައި އަނާލް ގާތު އިށީނދެ އަނާލްގެ ކަންފަތުގައި އަޅާފައި އޮތް އަތް ނައްޓުވާލިއެވެ. "އައި ޖަސްޓް ވޯންޓް ޓު ޑައި..." ވަރުބަލިވެފައިވާ އަޑަކުން އަނާލް ބުނެލިއެވެ. ރަމްޔާ ދެފަރާތަށް ބޯ ހުރާލީ އެފަދަ އެއްޗެއް ބުނެގެން ނުވާނޭ ބުނަމުންނެވެ. "ނާލް ކީއްވެ މިހާރު އެހާ ހިތްވަރު ދެރަވީ؟" އޭނާ އަނާލްގެ އަތުގައި ހިފައްޓާލަމުން ބުނެލިއެވެ. "ރަމް! އަހަރެން... އަހަރެންނަކަށް މިކަމުން ސަލާމަތެއް ނުވެވޭނެ... އަހަރެންނާ ހެދި އަހަރެންގެ އާއިލާގެ މީހުންނަށް ވެސް ހާދަ އުނދަގުލެއް ކުރެވޭ... އަހަރެން.... އަހަރެންނަކަށް ނޭނގެ ހަދާނެ ގޮތެއް... ކީއްވެތަ އަބަދު އެ ހަނދާންތައް އާވަނީ... މާޒީ މަތިން ހަނދާން ނައްތާ ނުލެވެނީ... އެހާ ދުވަސް ފަހުން ހަމައަކަށް އެޅެމުން ދަނިކޮށް އަނެއްކާވެސް އެ ހަނދާންތައް! ރަމްއަށް އެނގޭތަ؟... އަހަރެންނަކަށް ނޭނގެ ހަނދާނެ އެއްގޮތެއްވެސް މިހާރު.. އެންމެ ދެކެން ބޭނުން ނުވާ މީހާވެސް ފެނިއްޖެ!" އަނާލް ހުއްޓަމުން ހުއްޓަމުން ކަހަލަ ގޮތަކަށް ވާހަކަ ދައްކަމުން ގޮސް އެންމެފަހު ޖުމުލަ ބުނެލި އިރު އެ އަޑު ރަމްޔާއަށް ވެސް އިވުނީ ކިރިއަ ކިރިއާއެވެ. އޭނާއަށް ދެބުމަ އަރުވާލެވުނެވެ. އަނާލްގެ ފަރާތުން އިތުރު ތަފްސީލެއް ބޭނުންވާފަދައަކުންނެވެ. އަނާލް ދެލޯ މަރާ ބާރުކޮށްލުމާއެކު ކަރުނަތައް އޭގެ މަގާމް ދޫކޮށް ފައިބައިގަތީ އެއްވެސް އިޚްތިޔާރެއް ނެތިއެވެ. އަނާލް ދެ ތުންފަތުގައި ދަތް އަޅާލުމާއެކު ރަމްޔާ ވާހަކަ ދައްކަން ފެށިއެވެ. "ނާލް... އޭނަ އެއްޗެކޭ ކީތަ؟" ރަމްޔާ އަހާލިއެވެ. އަނާލް އޭނާއަށް އެދުވަހު ހޮސްޕިޓަލުން ފެނުނު ޒުވާނާއާއި އަދި އެ ދެމެދުގައި ދެކެވުނު ވާހަކަ ކޮޅު ރަމްޔާއާ ހިއްސާކޮށްލިއެވެ. "ނާލް! ނާލްއަށް ތިހެން ތިވަނީ މާ ބޮޑަށް ވިސްނާތިއްޔޭ.. އިންޝާ ﷲ އަދި ހުރިހާކަމެއް ވެސް ރަނގަޅުވާނެ..." ރަމްޔާ ބުނެލިއެވެ. ގޮނޑި ބަރީގައި އިށީނދެގެން އިން މަޒާޔާ ކަރުނަ ފުހެމުން ދިޔައީ އޭނާގެ ލޮލުން ވެސް ހުއްޓުމެއްނެތި ކަރުނަތައް ފައިބަމުން ދިޔައީތީއެވެ. ކައިރީގައި އައްމާރު އިނެވެ. އޭނާ މަޒާޔާގެ ކޮނޑުގައި ހިފައްޓާލަމުން ހިތްވަރު ދިނެވެ. އެންމެންގެ ސަމާލުކަން އަތުލީ ރޫމްގެ ދޮރު ހުޅުވާލާފައި ނުކުތް ރަމްޔާ އެވެ. "ޝީޒް އޯކޭ ނައު... ޑޮކްޓަރ ފޮނުވާލާނަން އަނާލް ޗެކް ކޮށްލަން...ދެން މިކަމާ އަދި ކުރީގެ އެއްވެސް ކަމަކާ ބެހޭގޮތުން އަނާލް އާ ވާހަކަ ނުދެއްކުން އަދި ރަނގަޅުވާނީ..." ރަމްޔާ ބުނެލިއެވެ. އަދި ހިނިތުންވެލަމުން އޭނާ ދިޔައީ އަނާލް ގާތަށް ޑޮކްޓަރުން ފޮނުވާނޭ ވާހަކަ ބުނަމުންނެވެ. އެންމެން އެތެރެއަށް ވަތްއިރު އަނާލް އޮތީ ހަމަޖެހިފައެވެ. އެދުވަހު އަނާލް ގެއަށް ދޫކޮށްލެވުނީ އިރު އޮއްސުނު ފަހުންނެވެ. އެދުވަހުގެ ފަހުން ހަފްތާއެއް ފާއިތު ވެގެން ދިޔައިރުވެސް އިޒިއަންއަށް އަނާލް ފެންނަ ގޮތެއް ނުވިއެވެ. މަސައްކަތްތައް އޭނާ ކުރިޔަސް ކުރަނީ އެކަންޏެވެ. އަނާލްގެ އެހީތެރިކަން ބޭނުންވާ ކަންކަމުގައި ފޯނުން ގުޅައިގެން މަޝްވަރާ ކުރެއެވެ. މިވީ ހަފްތާއެއް ހާ ދުވަހުގެ ތެރޭގައި އަނާލް ނުފެނި އިޒިއަން ހޭދަކުރީ އުނދަގޫ ދުވަސްތަކެކެވެ. އަނާލް ދެކޭ ހިތުން ކެތްމަދުވެ ކިތަންމެ ފަހަރަކު އެގެއަށް ދާންވެސް ހިތަށް އެރިއެވެ. އެހެންނަމަވެސް އިޒިއަންއަށް އެފަދައިން ކަންތައް ކުރާކަށް ހިތްވަރެއް ނުލިބުނެވެ. ކިތަންމެ ރެއަކު އިޒިއަން އަނާލްގެ ހަނދާނުގައި ގޭގެ ބެލްކަނީގައި ހުރެއެވެ. އެހިތަށް ވަމުންދާ ގޮތާމެދު ސުވާލުކުރެއެވެ. އެހިތް އޭނާގެ އިހްތިޔާރުން ބޭރުވެދާނެތީ އެހިތަށް ވިސްނައިދޭން މަސައްކަތް ކުރެއެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމަކަށް އިޒިއަންއަށް ބާރެއް ނުފޯރުވެއެވެ. ވިސްނި ވަރަކަށް އެ އިޙްސާސް ގަދަވެ އޭނާއަށް ނޫޅެވޭ ހިސާބަށް ވަނީ ގޮސްފައެވެ. ރެގަނޑުގެ ވަގުތެވެ. މިރޭވެސް އިޒިއަން ހުރީ ގޭގެ ބެލްކަނީގައެވެ. އާދައިގެ މަތިން އަނާލްގެ ހަނދާނުގައެވެ. އަމިއްލަ ހިތަށް ވިސްނައިދޭން ކުރަމުން ދިޔަ މަސައްކަތް ބޭކާރުވަމުން ދާނެކަން އެނގިހުރެއެވެ. ފޯން ރިންގް ވުމާއެކު އިޒިއަން ޖީބުގައި އޮތް ފޯން ނަގާ ބަލާލިއެވެ. ފޯންގެ ސްކްރީނަށް އަރާފައިވާ އަނާލްގެ ނަން ފެނި އޭނާގެ ހިތަށް އުފާވެރިކަން ވެރިވެގެން ދިޔައެވެ. އަވަސް އަވަހަށް ފޯން ކަންފަތުގައި ޖައްސާލެވުނެވެ. މި ނޫނީ އަނާލް އިސްވެ އޭނާއަށް ގުޅާފައި ނުވެއެވެ. "ހަލޯ... ނާލް ކިހިނެތްތަ؟" އަނާލްއަށް އެއްޗެކޭ ނުބުނެވި އުޅެނިކޮށް އިޒިއަންއަށް އަވަސްވެފައިވާ ހިތަކާއެކު ސުވާލުކޮށްލެވުނެވެ. "އަހަރެން ރަނގަޅު... އިޒް ކިހިނެތްތަ؟" އަނާލް ވެސް ޖަވާބުދެމުން އެ ސުވާލު އިޒިއަންއާ ދިމާލަށް އަނބުރާލިއެވެ. އިޒިއަން އެ ސުވާލަށް ޖަވާބު ދިނުމާއެކު ދެން އެ ދެމެދަށް ހަމަ ހިމޭންކަމުގެ ވަގުތުކޮޅެއް ވެރިވިއެވެ. "އިޒް....." "ނާލް....." ދެމީހުންނަށް އެއްފަހަރާ އެކަކު އަނެކަކަށް ގޮވާލެވުމާއެކު އެކީ ބާރަށް ހީގަނެވިއްޖެއެވެ. ފޯނުން އަނާލްގެ ހުނުމުގެ އަޑު އިވި އިޒިއަންއަށް އޭނާގެ ހުނުން މަތަކޮށްލަމުން އެ އަޑު އަހަން ހުރެވުނެވެ. އަނާލް ހުނުން ހުއްޓާލަމުން ވާހަކަ ދެއްކިއެވެ. "އިޒް! މާދަން އޮފީހަށް ނުކުންނަން އެނގޭ... އެ ވާހަކަ ބުނެލަން ވެގެން....." އަނާލް ވާހަކަ ދެއްކިއިރު އެ އަޑުގައިވި އުފާވެރިކަން އިޒިއަންއަށް ސިއްރެއްނުވިއެވެ. "އާރ ޔޫ އޯކޭ؟" އަނާލް އެހެން ބުނި ނަމަވެސް އިޒިއަންއަށް އަނެއްކާވެސް އަނާލްއާ ސުވާލުކޮށްލެވުނީ އަނާލް ރަނގަޅުތޯ އަހާފައެވެ. "އަނާލް އާރ ޔޫ އޯކޭ" އިޒިއަން ބޭނުންވީ ޔަޤީންކަމެވެ. "އައި އޭމް ކޮންޕްލީޓް ލީ ފައިން. އިންޝާ ﷲ..... އެ ދުވަހަށް ވަރަށް ބޮޑަށް މާފަށް އެދެން... ދިމާވީމަ ދޯ ދެން އެކަމާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކާނީ" ފޯނުން އަނާލް މަޑުމަޑުން ބުނެލިއެވެ. އެއާއެކު އަނާލްއަށް ކޮންމެވެސް މީހަކު 'ދަރިފުޅާ' އޭ ކިޔާފައި ގޮވާލި އަޑު އިޒިއަންއަށް އިވުނެވެ. އެއާއެކު އަނާލް ވެސް ދާންވެއްޖެ ކަމުގައި ބުނެފައި ފޯން ބޭއްވީ މާދަން އޮފީހަށް ދާން އިޒިއަންއަށް ހަނދާން ކޮށްލަދީފައެވެ. އިޒިއަން ބުނީ އޭނާ ވެސް ނިމިފައި ހުރި ފައިލްތައް ހިފައިގެން ދާނެކަމުގައެވެ. އަދި ހުރިހާ އެއްޗެއް ވެސް ހުރީ ތައްޔާރު ކޮށްފައި ކަމަށެވެ. އަނާލް ފޯން ބޭއްވުމާއެކު ހިތަށް ލިބުނު ފިނިކަން އިޒިއަންއަށް ބޭރުކޮށްލެވުނީ ލީ ފުންނޭވާ އަކާއެކު ވެރިވި ހިނިތުންވުމަކުންނެވެ. އޭނާ އިތުރަށް އެތަނުގައި މަޑުނުކޮށް ކޮޓަރިއަށް ވަދެ ފެންވަރާ ހަދާލައިގެން ނިދަން އޮށޯތީ މާދަން އަނާލް ފެންނާނެތީ އެކަމުގެ ހިންހަމަޖެހުމާ އެކުގައެވެ. ***** އޮފީހަށް ވަތް އިޒިއަންއަށް އަނާލް ފެނުނީ ރިޝެޕްޝަން ކައިރީގައި އިންދައެވެ. ކައިރީގައި ހުރި ޒައުނާއަށް ފައިލެއް ދައްކަމުން އޭގެން ކޮންމެވެސް އެއްޗެއް ކިޔައިދެމުން ދިޔަ އަނާލްއަށް އިޒިއަން ފެނުމާއެކު ނިންމާލަމުން އެ ފައިލް ޒައުނާއަށް ދިނެވެ. އަދި އިޒިއަންއަށް ހިނިތުންވެލިއެވެ. އަނާލްގެ ކެބިންއަށް ގޮސް ދެމީހުން ހަމެޖެހިލީ މޭޒު ދޮށުގައެވެ. އިޒިއަން އޭނާ ނިންމި ފައިލްތައް އަނާލްއަށް ދައްކާލިއެވެ. އެއަށްފަހު ރަނގަޅުތޯ އަހާލިއެވެ. އަނާލް އެއަށް ބަލަހައްޓައިގެން އިރުކޮޅަކު އިނެވެ. އެއަށްފަހު އިޒިއަންއަށް ބަލާލަމުން ހެވިފައި އިނދެ ވަރަށް ރަނގަޅޭ ބުނެލިއެވެ. "އައި އެމް ސޮރީ..." އަލުން އަނބުރާ ފައިލަށް ނަޒަރު ހުއްޓާލި އަނާލްއަށް އިޒިއަންއަށް ބަލާލަން މަޖުބޫރުވީ އިޒިއަންގެ އަޑުންނެވެ. އޭނާ ފައިލުން ނަޒަރު ވަކިކޮށްލާ އިޒިއަންއަށް ބަލާލިއެވެ. "އެ ކީއްވެ؟" އަނާލް ސުވާލުކޮށްލިއެވެ. 'އަހަރެންގެ ސަބަބުންކަމަށް ޤަބޫލް ކުރެވެނީ ނާލްއަށް އެހެން ވީ... އަހަރެންނާ އެކީ ނާލް އެތަނަށް ގެންގޮސްގެން ވެސް ނުވާނެ ދޯ... ހަޤީގަތުގައި އަހަރެންނަށް ވެސް އެނގޭ ނާލްއަށް އުނދަގޫތަކެއް ވާކަން... ކުޑަ ވަގުތު ކޮޅަކަށް ވެސް ހަނދާނުން ކައްސާލީ..." އިޒިއަން ބުނެލިއެވެ. "އިޓްސް އޯކޭ... އެއީ އިޒިއަންގެ މައްސަލައެއްނޫން... އެހެންނޫނަސް އަހަރެން މިހާރު އޯކޭ" އަނާލް ބުނެލިއެވެ. "އެކަމަކުވެސް އަހަރެންނަށް މާފު ކޮށްދޭނެކަމަށް އުންމީދުކުރަން..." އިޒިއަން ބުނެލިއިރު އޭނާގެ ލޮލުން ތަފާތު ވިދުމެއް ފާޅުވިއެވެ. އަނާލް ފައިލް ލައްޕާލަމުން އިޒިއަންއަށް ފުން ނަޒަރެއްދިނެވެ. "އިޒް" އަނާލް ގޮވާލުމާއެކު އިޒިއަން އަނާލް ބުނަން އުޅޭ ވާހަކައަކަށް ސަމާލުވެލިއެވެ. "ހަޤީގަތުގައި އަހަރެންނާއެކު މަސައްކަތް ކުރަން ފެށުމުން އިޒްގެ ހިތުގައި ވެސް ތަފާތު ސުވާލުތައް އުފެދޭނެކަން އެނގޭ... އަހަރެންނާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނޭނގޭނެކަން ވެސް އެނގޭ، ހަމަގައިމުވެސް ވެދިޔަ އެއްވެސް ކަމަކަށް އަހަރެން އިޒް ބްލޭމްއެއް ނުކުރާނަން. އަހަރެންގެ އާއިލާ ވެސް، މައްސަލަ ހުރީ އަހަރެންގެ... އިޒް އާ ދޭތެރޭ އަހަރެންނަށް އެކުވެރިއެއްގެ ގޮތަށް ދެކެވޭ... ތަނެއްގައި ބަންދުވެގެން އެތަށް ދުވަހަކު އުޅުމަށްފަހު އަހަރެން ނުކުންނަން ނިންމީ ވަރުގަދަ އަޒުމަކާއެކު... ކިތަންމެ ދުވަހަކު އަހަރެންނާ ބެހޭ ގޮތުން އޮޅުން ފިލުވަން އިޒިއަން ބޭނުންވެފައި ހުންނަކަން ތި ދެ ލޮލުން އަހަރެންނަށް ފެނޭ... ނޭނގޭ ވިދުމެއް އަބަދުވެސް ފެނޭ... އަހަރެންނާ ދެމެދުވާ ހަމްދަރުދީ ވެސް ފެނޭ... އިޒް އަކީ އެހެންމީހުންނާ ތަފާތު މީހެކޭ އަހަރެންގެ ހިތް ބުނަން ފަށައިފި... އަހަރެންގެ ސިއްރުތައް ހިފައްޓާކަށް އަހަރެން ނުބުނާނަން. އެއީ އަހަރެންނަށް ޔަޤީން އިޒިއަން އަހަރެންގެ ސިއްރު ހިފައްޓާނެކަން..." އަނާލް އިޒިއަންގެ ދެލޮލަށް ބަލަހައްޓައިގެން އިނދެ އެތައް ވާހަކައެއް އެއްފަހަރާ ދައްކާ ނިންމާލައިފިއެވެ. އިޒިއަން ބޯ ޖަހާލިއެވެ. "އިޒް! އަހަރެންނަކީ ވަރަށް ގިނަ ސައިކޮލޮޖިކަލް މައްސަލަ ތަކެއްގައި ބަނދެވިފައިވާ އަންހެން ކުއްޖެއް... ހަތަރު އަހަރަށް ވުރެ ގިނަ ދުވަސް ވީ އިރު އަހަރެންނަށް މާޒީ ހަނދާން ނައްތައެއް ނުލެވުނު..." އަނާލް ބުނެލިއެވެ. އިޒިއަންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ވާހަކައެއް ބުނަން އުޅުނު ވަގުތު އޭނާ ކޮށިއެރިއެވެ. މޭޒުމަތީގައި ހުރި ފެންތަށި ނަގަން އުޅުނު ވަގުތު އެތަނުގައި އޮތް ކުޑަ ނޯޓް ފޮތް ވެއްޓުނެވެ. އެއާއެކު އޭގެ ތެރެއިން ކޮންމެވެސް އެއްޗެއް ވެސް ވެއްޓުނެވެ. އިޒިއަން ފެން ބޮއި ހަމަޖެހިލައިގެން އެ ފޮތް ނަގަން ގުދުވެލި ވަގުތު އޭގެ ތެރެއިން ފޮޓޯ ގަނޑެއް ނުކުމެފައި އިނެވެ. އޭނާ އެ ފޮޓޯގަނޑު މަޑުމަޑުން ނަގާ ބަލާލިއެވެ. ދެ ބުމަ ގާތް ކޮށްލެވުނީ އެ ފޮޓޯގަނޑުގައި އަނާލްއާ އެކު ހުރި ފިރިހެން ކުއްޖާ ފެނުމާއެކުއެވެ. އަނާލް ގޮނޑިއެއްގައި އިށީނދެގެން އިންއިރު އެ ކުއްޖާ ހުރީ އަނާލް ފަހަތުގައި ކޮޅަށެވެ. ދެމީހުން ދެމީހުންގެ ލޮލަށް ގެއްލިފައި ތިބި ގޮތް ފެނި އިޒިއަންގެ ހިތަށް ތަދުވިއެވެ. އޭނާ އެ ފޮޓޯގަނޑު އެތެރެއަށް ލުމުގެ ކުރިން ރަނގަޅަށް އޭގައި ހުރި ފިރިހެން ކުއްޖާގެ މޫނަށް ބަލާލިއެވެ. އެއީ ދުވަހަކުވެސް އޭނާ ދެކުނު ފިރިހެން ކުއްޖެއްނޫނެވެ. އަވަސްއަވަހަށް ފޮޓޯގަނޑު ފޮތް ތެރެއަށް ލަމުން އޭނަ ފޮތް ލައްޕާލާ އަނާލްއާ ހަވާލުކޮށްލިއެވެ. އަނާލް ވެސް ހިނިތުންވެލަމުން ފޮތް އިޒިއަންގެ އަތުން އަތުލަމުން މޭޒުގެ އެއްފަރާތު ކަބަޑަށް ލިޔެވެ. ދެން އަނެއްކާވެސް ވާހަކަ ދެކެވުނީ ޕްރޮޖެކްޓާއި ބެހޭގޮތުންނެވެ. އަނާލް ގިނަ ވާހަކަ ދައްކަމުން ދިޔައިރު އިޒިއަންއަށް އިނދެވެނީ ގިނަފަހަރު ފުން ވިސްނުމަކަށް ގެއްލިފައެވެ. ދެފަހަރަކު އަނާލް އިޒިއަންއަށް ގޮވާވެސް ލިޔެވެ. އެއިން ކޮންމެ ފަހަރަކުވެސް ސިހިފައި އިޒިއަންއަށް އަނާލްއަށް ބަލާލެވެނީއެވެ. އަނާލް ޖެހެނީ ކުރިން ދެއްކި ވާހަކަ ތަކުރާރު ކުރާށެވެ. "އިޒް! ވަޓް ހެޕެންޑް؟" އަނާލްއަށް އެންމެފަހުން އަހާލެވުނެވެ. "ނާލް! އަހަރެންނަކަށް ނޭނގެ ނާލްއާ މެދު ހަމަ ވިސްނެނީ..." އިޒިއަންއަށް ހިތާ ހިތުން ބުނެވުނެވެ. އެބަސްތައް ކިތަންމެ ދުލު ކުރިއަށް ގެންނަން ބޭނުންވިނަމަވެސް އެކަން އޭނާއަކަށް ނުކުރެވުނެވެ. އިސްޖަހާލަމުން މާފަށް އެދުނެވެ. "އަހަރެން ބުނީމެއްނު އިޒްގެ ކުށެއް ނޫނޭ... އަދިވެސް އެކަމާ ދޯ ތި ވިސްނަނީ" އަނާލްއަށް އިޒިއަންގެ ހިތުގައި ހިނގަމުން ދާ ހައިޖާނުގަނޑުގެ ކުޑަ މިންވަރެއް ވެސް ނޭނގޭ ފަދައެވެ. އިޒިއަން ވެސް އިތުރަށް އެއްޗެއް ބުނުމުގެ ބަދަލްގައި ބެލީ މަސައްކަތަށް ސަމާލުކަން ދެވޭތޯއެވެ. މަސައްކަތްތައް ނިންމާލުމަށްފަހު ދެމީހުން ވެސް ހިންދެމިލިއެވެ. އެއަށްފަހު އޮފީހުގެ ރިޝެޕްޝަނަށް ގުޅާލުމަށްފަހު ދެ ކޮފީ ގެނައުމަށް އަނާލް އެދުނެވެ. މާ ގިނަ އިރެއްނުވެ ކޮފީ ގެނައުމުން މުޅި ކޮޓަރީގެ ތެރޭގައި ކޮފީގެ މީރުވެސް ހިފާލިއެވެ. ދެމީހުން ވެސް ކޮފީބޮމުން ހިންހަމަޖެހޭ ވަގުތުކޮޅެއް ހޭދަކޮށްލިއެވެ. ***** ހަފްތާއެއް ފާއިތުވެއްޖެއެވެ. އަނާލްއާ މެދު ހިތުގައި އުފެދުނު އިހްސާސް އަކީ ލޯބިކަމާމެދު އިޒިއަން މިހާރު ޝައްކެތް ނުކުރެއެވެ. އެ ހިތް އަނާލްއަށް އެދޭވަރުން އަމިއްލަ ނަފްސު ދެކެވެސް އިޒިއަންއަށް ރުޅިއާދެއެވެ. އެހެންނަމަވެސް ދެން އިތުރަށް ކުރެވޭނޭ ކަމެއްނެތެވެ. އެ ހިތް އެއްކޮށް އަނާލްއަށް ދެވި ނިމިއްޖެއެވެ. އަނާލް ގާތު އޭނާ ލޯބި ވާހަކަ ބުނާނީ ކިހިނެތް ހެއްޔެވެ؟ އަނާލް އޭނާގެ ލޯބި ޤަބޫލް ކުރާނެބާއެވެ. ނޫނެކެވެ. އަނާލްގެ ހިތުގައި ވަނީ އެހެން ޒުވާނެކެވެ. އެ ޒުވާނާ އަކީ ކާކުކަން ކަނޑައެޅިގެން ނޭނގުނު ކަމުގައި ވިނަމަވެސް އެ ޒުވާނާއާއި އަނާލް ތިބި ގޮތުން އެ ދެމެދުގައި އޮތީ ކިހާވަރެއްގެ ގުޅުމެއްކަން އިޒިއަންއަށް ދެނެގަނެވުނެވެ. އަނާލްގެ ހިތާ ހިސާބަށް ވާސިލްވުމަށް އިޒިއަން ފުރަތަމަ ކުރަން ޖެހޭނޭކަމަކީ އެއީ ކާކުކަން ހޯދުމެވެ. އަދި އަނާލް އާއި އެދެމެދުގައި އަދިވެސް އެއްވެސް ގުޅުމެއް އޮތްތޯ ޔަޤީންކުރާށެވެ. ހިތުގައި އުފެދުނު ސުވާލަކީ އަނާލްއާ ދެމެދު ގުޅުމެއް އޮތްނަމަ އޭނާއަށް އަނާލްގެ ފަރާތުން އެ ފޮޓޯގަނޑާ ގުޅުވައިގެން އެހާ ހިތްދަތި އަސަރުތަކެއް ފެންނަންވީ ކީއްވެތޯއެވެ. ***** މިވީ ދުވަސްތަކުގައި ޝަފޫން ފެންނަ ހިސާބަށް ނުގޮސްވޭތޯ ދީމް މަސައްކަތް ކުރަމުން ދިޔައެވެ. އެއީ ވެސް އެފަދަ ދުވަހެކެވެ. ކޮލެޖް ނިންމާލާފައި އައިސް އޭނާ ގެއަށް ވަނެވެ. އަފާޒު ވެސް އޭނާގެއަށް ލާފައި މުހިންމު ކަމަކު ދާން ޖެހުމުން ދިޔައީއެވެ. އޭނާ ބެކްޕެކް އަޅުވާލައިގެން ގެއަށް ވަދެގެން އައިސް ބޮޑު ކޮޓަރީގެ ސޯފާތަކާއަރާ ހަމަވިއިރު ޝަފޫން އައިސް އެ ހިސާބާ އަރާ ހަމަވަނީއެވެ. އިސްޖަހާލި ދީމް އެއްފަރާތަކަށް ޖެހިލަމުން ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ. މިވީ އެއްވެސް ދުވަހެއްގައި ޝަފޫން ކާންއަރާ ކަމުގައި ވަނީނަމަ ދީމް މޭޒުދޮށަށް ކާކަށް ނުނިކުމެވެ. އެކަނި ކާން ޖެހުނު ނަމަވެސް އޭނާ ކަނީ ޝަފޫން ކައި ނިމުމުންނެވެ. ހިތުގައި އަތް އަޅައިގެން ހުންނަން ޖެހެނީ ހިތަށް ތަދުނުވާތީއެއްނޫނެވެ. އެހެންނަމަވެސް އާއިލީ މަސްލަހަތު ޙިމާޔަތް ކުރުމަށެވެ. އިސްޖަހާލައިގެން ހުރެ ދީމް ދިޔަ ދިމާލަށް ޝަފޫންއަށް ބަލާލެވުނެވެ. "ޝަފޫން... ދީމްގެ އޮތީ ކޮން ކުށެއްތަ؟ ދީމްއަށް ތިހެން ހަދަން ހެޔޮވާނެތަ؟" މަޒާޔާގެ އަޑު ފަހަތުން އިވުމާއެކު ޝަފޫންއަށް ފަހަތަށް އެނބުރު ބަލާލެވުނެވެ. "އަހަރެންގެ ދަރިއަކަށް ވިޔަސް އަހަރެން އޭނަދެކެ ރުޅިއައުން ހައްޤު" ޝަފޫންގެ އަޑުގައި ރުޅިވެރިކަމެއް ވިއެވެ. އެ އަޑު ދޮރުގައި ލެނގިލައިގެން ހުރި ދީމްގެ ކަންފަތުގައި ޖެހުނީ ޝަފޫން ބުނިލެއް ބާރުކަމުންނެވެ. ހީވަނީ ދީމްއަށް އަޑު އިއްވަން ބުނެލިހެންނެވެ. ކަރުނަތައް ކޯތާފަތުން ތިރިއަށް ރޮނގު ދެމިގެން ދިޔައީ އެއްވެސް އިޚްތިޔާރެއްނެތިއެވެ. މެއާ ދިމާލުގައި އުފެދުނު ރިހުން ގަދަވެ މީހާއަށް ކޮޅަށް ހުންނަން ދަތިވިއެވެ. އެ މަންމަގެ ރުހުން ހޯދަން އޭނާ ކުރަންވީ ކީއްހެއްޔެވެ؟ މައެއްގެ ލޯބި ލިބުން އޭނާގެ ނަސީބުގައި ނެތީހެއްޔެވެ؟. އިޒިއަންއަށް ވެސް މަސައްކަތް ނިންމާލުމަށްފަހު އެރޭ ގެއަށް ދެވޭ ވަރުވީ އަށެއް ޖަހާ ބޮޑުވީފަހުންނެވެ. އަނާލްއާ އެކު މަސައްކަތް ނިންމާލުމަށް ފަހު ބައްޕަ އާއެކު ސްޓާރ ހޯލްޑާރސް އޮފީހަށް ކަމަކު ޑިސްކަސް ކުރަން ދާންޖެހުނީއެވެ. "ދަރިފުޅާ" ގެއަށް ވަތް އިޒިއަންއަށް އަކްނިޒާ ގޮވާލިއެވެ. އޭނާއާ އަރާ ހަމަވެފައި އިޒިއަން އަކްނިޒާއަށް ހިނިތުންވެލިއެވެ. "ކޮބާ ބައްޕަ ނާދޭތަ؟" އިޒިއަންގެ ފަހަތަށް ނަޒަރު ހުއްޓާލަމުން އޭނާ އަހާލީ ފަހީމް އަންނާނޭ ކަމަށް ހީކުރެވުމުންނެވެ. "ބައްޕަ އަންނަ ވާހަކަ ބުނި އެކޮޅުން އައިސްގެން އުޅޭ މީހުންނާއެކު އަދި އެއްބައްދަލުވުން ބޭއްވުމަށްފަހު... ފަނަރަ މިނިޓް ވާނެކަމަށް ބުނީ... އަނެއްހެން މާ ބޮޑު ކަމެއްނޫން... އެކޮޅު ހޮސްޕިޓަލާ ވާހަކަ ދައްކަން ޖެހޭތީ އެކަމުގެ މިހާރު ގިނަ ވަގުތު ހޭދަ ކުރަނީ" އިޒިއަން އޮޅުން ފިލުވައިދިނެވެ. އަކްނިޒާ ބޯ ޖަހާލަމުން ވާހަކަ ދެއްކިއެވެ. "ދެން ދޭ އަވަހަށް ފެންވަރާ ތާޒާ ވެލައިގެން އަންނަން، އޭރުން ބައްޕަ ވެސް އަންނާނެއެއްނު، އެންމެން އެކީ ރޭގަނޑުގެ ކެއުން ކުރިއަށް ގެންދަން ވާނީ... މިއަދުވެސް އެއްގަޑިއަކުވެސް އެންމެން ހަމައެއްނުވެއެއްނު... ތިން މީހުންނާ ދެން ނޯކަރުން އެކަނި މި އޮއް ބޮޑު ގޭގައި އުޅޭތީ ކިހާ ފަޅުތަ... ހިތަށް އަރާ އެކޮޅުގައި ތިބި މީހުން އަންނާނޭ ނަމައޭ" އަކްނިޒާ ވާހަކަ ދެއްކިއެވެ. އޭނާ ވަށައިގެން އެ ބޮޑު ގެއަށް ނަޒަރެއްދިނެވެ. "ތިއުޅެނީ ނާނު ނައިސްގެންތަ؟ ނޫނީ އެހެން އެންމެންތަ؟" އިޒިއަން އެއްލޯ މަރާލަމުން އަހާލިއެވެ. އަކްނިޒާ އިޒިއަންގެ ކޮނޑުގައި ޖަހާލިއެވެ. "އެހެންނު ވާނީ... ނާނު އުޅޭ ގޮތުން ހަނދާން ނެތޭ ވަރެއްވެސް ނޫނޭ... ނާނު ހުރިއްޔާ ގޭތެރެ ފަޅު ފިލާނެ..." އަކްނިޒާ ބުނެލިއެވެ. "ދެން އަޅުގަނޑުވެސް ހުރީނު މަންމަ ގާތު..." އިޒިއަން އަނގަޔަށް ގޮތެއް ހަދާލަމުން ބުނެލިއެވެ. "މަންމަ ކިހާ ނާނު މަތިން ހަނދާން ވާނެ... އިޒް ނެތް އިރު..." ވާހަކަ ވަކި ހިސާބަކަށް ބުނެފައި އަކްނިޒާ ހުއްޓާލީ ސިހިފައެވެ. ބުނަންނުވާ އެއްޗެއް ދުލުން ބޭރު ކުރެވުނު ފަދައެވެ. އޭނާ އިޒިއަންއަށް ބާލަލަމުން 'ސޮރީ' އޭ ބުނެލިއެވެ. "އިޓްސް އޯކޭ މަންމާ... އެއީ ހަމަ ހަޤީގަތެއްނު..."ހިތި ހިނިތުންވުމަކާއެކު އިޒިއަން ބުނެލިއެވެ. އެއަޑަށް ހިސާބެއްގެ މަޑު މޮޅިކަމެއް އައިކަން އަކްނިޒާއަށް ވެސް އެނގުނެވެ. ދެން ދޭ އަވަހަށް ތާޒާވެލައިގެން އަންނަން" އަކްނިޒާ އިޒިއަންއަށް ބަލާލަމުން ބުނެލުމާއެކު ލަސްނުކޮށް އިޒިއަން ސިޑިއާ ދިމާލަށް މިސްރާބުޖެހިއެވެ. އެވަގުތު އަކްނިޒާގެ ފޯނު ރިންގްވުމާއެކު އޭނާ ފޯނަށް ބަލާލިއެވެ. ގުޅަނީ ރާއްޖޭން ބޭރު ނަންބަރަކުންނެވެ. އުފަލުން ހުރެ ފޯންކަންފަތުގައި ޖަހައިގެން ހުރެ އަކްނިޒާ ފަހަތަށް ޖެހިލިއެވެ. ފަހީމްއަށް އައުމާއެކު ތިން މީހުން ކެއުމުގައި ބައިވެރިވީ އެއްކޮށެވެ. އެކިއެކި ވާހަކަތައް ދެކެވެމުން ދިޔައެވެ. "އެނގޭތަ!.... އިންޑިޔާގައި ހުންނަ އަހަރެންގެ އެކުވެރި ޝަމޫންގެ ފިރިހެން ދަރިފުޅު މީހަކާ އިންނާތީ ދައުވަތު ފޮނުވާފައި އެބައިން އެ ކޮޅުގައި އޮންނަ ޕާރޓީއަށް ދާން" އެއްފަހަރަކު ދެކެވެމުންދިޔަ ވާހަކަ ތަކެއްގެ ތެރޭން ފަހީމްއަށް ބުނެވުނެވެ. "އަހަރެމެންގެ އިޒް ވެސް މިގެއަށް ދެން އަންހެން ކުއްޖަކު ގެނައިމަ ދޯ ފަޅު ފިލާނީ... މިހާރު މީހަކާ އިންނަވަރުވެސް ވީނު... ހިޔެއްނުވޭ އެކަމާ އަދި ވިސްނާހެނެއް" އަކްނިޒާ ފުންނަޒަރަކުން އިޒިއަންއަށް ބަލާލަމުން ވަހަކަ ދެއްކިއެވެ. ފެންތަށި އަނގައިގައި ޖަހައިގެން އިން އިޒިއަން ކޮށި ނޭރީ ކިރިއާއެވެ. "އޭނ" އޭނާއަށް ބުނެވުނެވެ. އަދި އަކްނިޒާއަށް ބަލާލެވުނެވެ. ދެވަނަ ފަހަރު ފަހީމްއަށް ބަލާލެވުނީ މަންމަ އެ ދައްކަނީ ކޮންފަދަ ވާހަކައެއްހޭ އަހާލާ ފަދަގޮތަކަށެވެ. "ދަރިފުޅު އަދިވެސް ކައިވެންޏަކާ ހިސާބަށް ދާކަށް ގަސްދެއް ނުކުރަންތަ؟ މަންމަގެ އެކަނިވެރިކަން ވެސް ފިލާނީ ދެން ގެއަށް ޅީ ދަރިއެއް ގެނައިމަހެން ބައްޕައަށް ހީވަނީ" އަކްނިޒާއާ އެއްބައިވެލުމަށް ފަހީމް ވެސް ބުނެލިއެވެ. އަކްނިޒާއާ ދެމީހުން ހީ ގަތުމުން އިޒިއަންއަށް ވެސް ހެވުނެވެ. "އަހަރެމެން ވީނު އިޒް އިންނަން ކުއްޖަކު ހޯދައިދޭން، މިހާރު ދެން އިޒްއަކަށް އެކަމެއް ނުކުރެވުނެއްނު" އަކްނިޒާ ހުނުން މަތަ ކޮށްލަމުން ބުނެލިއެވެ. އިޒިއަންގެ ތުންފަތް މަތިން ހިނިތުންވުމުގެ އަސަރު ފިލާ ހާސްކަން ވެރިވިއެވެ. "ހީވަނީ ތިކަން ހެން ދެން ކުރަންވީ ދޯ" ފަހީމް ވެސް އެވަގުތު ބުނެލިއެވެ. ފަހީމް އަކީ ކިތަންމެ ޝަހްސިއްޔަތު ވަރުގަދަ މީހެއް ނަމަވެސް އާއިލާއާ އެކު އުފާވެރި މަޖާ ވަގުތުތަކެއް ހޭދަކުރުމަށް އަބަދުވެސް އިސްކަންދޭ މީހެކެވެ. މަސައްކަތުގައި ކިތަންމެ ބުރަކޮށް އުޅުނަސް އަބަދުވެސް ވަގުތު ކޮޅެއް ހޯދާލައިގެން އެންމެން އެންތައްކޮށް ވާހަކަދެއްކުމަށް އިސްކަންދެއެވެ. އޭނާ ޤަބޫލްކުރާ ގޮތުގައި އާއިލާގެ ތެރޭގައި އޮންނަ ގުޅުން ވަރުގަދަވެ އާއިލީ ލޯބި އިތުރު ވާނީ އާއިލާއަށް ވަގުތު ދީގެންނެވެ. މަޖާ ވާހަކަތަކާއި އެކު ކުރެވޭ ކުދިކުދި ސަމާސާތަކަކީ އަބަދުވެސް މިފަދަ ގުޅުންތައް ވަރުގަދަވެގެންދާ ކަމެއް ކަމުގައި އޭނާ ޤަބޫލް ކުރެއެވެ. ފަހީމްއަކީ މީހުން ޖެހިލުންވާދަ މީހެއްނަމަވެސް އޭނާގެ ހިތްތިރި މަޑުމައިތިރި ސިފައަކީ އެންމެންނަށް ވެސް ގަޔާވެވޭ ސިފައެކެވެ. މުދާ ކިތަންމެ ގިނަޔަސް އެކަމާ ބޮޑާވެ ކިބުރުވެރިވުމުގެ ސިފަ ފަހީމްގެ ގައިގައި ނެތުމަކީ މުވައްޒަފުންގެ ރުހުމާއި ލޯބި ފަހީމްއަށް ލިބެމުންދާ އެންމެ ބޮޑު ސަބަބެވެ. "ކަމުދާ ކުއްޖަކު ހުރިއްޔާ ހަމަ ބުނަންވީ ދޯ މިހާރުވެސް، ބައްޕަމެން ދެކޮޅެއް ނަހަދާނަން" ފަހީމްއަށް އިޒިއަންގެ މޫނުމަތީގައި ވި ސީރިއަސްކަން މާނަ ކުރަންވީ ގޮތެއް ނޭނގުނެވެ. އިޒިއަން ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވީ ގަދަކަމުންނެވެ. ކެއުމުގެ ވަގުތުގައި ތަފާތު އެކި ކަންކަމާ ބެހޭގޮތުން ވާހަކަދެކެވުނެވެ. ****** ރޭގަނޑުގެ ކެއުމުގެ ވަގުތުގައި 'ވައިޓް ރޯޒް ވިއު' ގޭގެ ސުރުރާމަތި ވަނީ ތަފާތު ވައްތަރުގެ ކާނާތަކުން ފަޅުފިލުވާލާފައެވެ. މެދުގައި ފުރުޓް ބާސްކެޓެއް ހުރިއިރު އޭގައި ތަފާތު ވައްތަރުގެ މޭވާއާއި ތަރުކާރީ ހުއްޓެވެ. ވަށައިގެން ބަހައްޓާފައިވާ ސާމާނުތަކުގެ ތެރޭގައި ދެވައްތަރެއްގެ ރިހައަކާއި ސެލެޑް ވެސް ހުއްޓެވެ. ބަތާއި ރޮށިވެސް ފެންނަން ހުއްޓެވެ. އޭގެ އިތުރުން ވައްތަރެއްގެ ދިޔާ ޒާތަކަށް ހުރި ސޫޕް ތައްޓެއްވެސް ހުއްޓެވެ. ކެއުމުގެ ވަގުތުގައި މޭޒު ދޮށުގައި މަދުވަނީ އެންމެ މީހެކެވެ. އާއެކެވެ. ދީމްއެއް ނެތެވެ. ޝަފޫންގެ މޫނުމަތިން އެއްވެސް ވަރަކަށް ނުރުހުންވުމުގެ އަސަރެއް ނުފެނެއެވެ. އާއްމުކޮށް ދީމް އިންނަ ދިމާލުގައި އިން ގޮނޑި އިނީ ހުސްކޮށެވެ. އޭގެ އިތުރުން އަނާލްގެ ޖާގަވެސް މިރޭ ހުރީ ހުސްކޮށެވެ. "ކޮބާ ނާލް؟" ދީމް ނާންނާނެކަން އެނގޭތީ އައްމާރު ސުވާލުކޮށްލިއެވެ. އޭނާ ބަލާލީ މަޒާޔާ އަށެވެ. "ދީމް ނާންނާތީ މިރޭ އަނާލް ވެސް ނާންނާނަމޭ ބުނީ... ދީމްއާ އެކީގައޭ ބުނީ މިރޭ ކާނީ" މަޒާޔާ ޝަފޫންއަށް އަވަސް ނަޒަރެއްދިނެވެ. ޝަފޫންގެ މޫނުމަތިން ކޮންމެވެސް ކަހަލަ ބުނެދޭން ނޭނގޭ އަސަރުތަކެއް ފެނިލިއެވެ. "މިހާރު މާ ކަންތައްތައް މައްޗަށް ދާހެން ހީވަނީ... އެކަކު އަނެކަކަށް އެއްމޭޒު ދޮށަށް ކާން އެރެނީއެއްނޫން، އެހެންވީމަ އަހަރެން ބޭނުން ވާހަކައެއް ބުނަން. ޝަފޫންއާއި އަފާޒުއަށް ދީމްއަށް ހަޤީގަތް ނުކިޔާ ދެވެންޏާ އަހަރެން އެކަން ކޮށްފާނަން... އޭރުން ދީމް އަކަށް ނުޖެހޭނެއެއްނު އޮޅުމެއްގެ ތެރޭގައި ހުރެ ވިސްނަ ވިސްނާ މީހާ ހަލާކުވާކަށް... އަނެއްކޮޅުން އަފާޒުއަށް ވެސް ހުންނަން ޖެހެނީ ދެމެދު ތާށިވެފަ... އަފާޒު ދީމްދެކެ ކިތަންމެ ލޯބިވިޔަސް އެކަމުން ކުރި ފައިދާއެއް އެބައޮތްތަ؟ ޝަފޫން ދީމްދެކެ ނަފްރަތު ތިކުރަނީ އެއްވެސް އެދެވޭ ސަބަބަކާ ލައިގެނެއްނޫން! ދީމް ޝަފޫންއާއި މެދު ވިސްނާލާފައި މަޑުމަޑުން ހުންނާތީ އޭގެ މާނަ އެއްނޫން އޭނާ ދެރަ ނުވަނީއޭ... ޝަފޫންގެ އަމަލްތަކުގެ ސަބަބުން އެ ފަކީރު އުޅޭ ހާލެއް ނުފެނޭތަ؟ ދީމް ބޭނުންނުވާތީއެއްނޫނޭ ޝަފޫންގެ ކުރިމައްޗަށް ނާރާ ވޭތޯ ބަލަނީ... ޝަފޫންގެ ނަފްރަތާ ކުރިމަތިލާނީ ކިހިނެތްކަން ދީމްއަށް ނޭނގޭތީ" އައްމާރުގެ އަޑުގައިވަނީ ހިންހަމަ ނުޖެހުމެވެ. އޭނާ ސީދާ ޝަފޫންއަށް ބަލަން އިނދެ ވާހަކަ ދެއްކިއެވެ. "މަޒާޔާ ދޭ! ގޮސް އަނާލްއާއި ދީމްއާ ދެމީހުން ގޮވައިގެން އާދޭ..." އައްމާރު މަޒާޔާއަށް ބަލާލަމުން ބުނެލުމާއެކު އޭނާ ބޯ ޖަހާލަމުން އަނާލްމެންގެ ކޮޓާރިއާ ދިމާލަށް މިސްރާބުޖެހިއެވެ. "ޝަފޫން ވެސް ގޮސްގެން ނުވާނެ" ޝަފޫން ދާން ތެދުވުމާއެކު އައްމާރު އިންޒާރުގެ ބެލުމަކުން ޝަފޫންއަށް ބަލާލިއެވެ. އަފާޒުވެސް އިޝާރާތް ކުރީ އިށީނުމަށެވެ. އެންމެންގެ ތެރޭގައި ދެކޮޅު ހެދުމުގެ ހިތްވަރު ނުލިބި ޝަފޫން މަޑުމަޑުން އިށީނެވެ. އޭނާ އިސްޖަހާލިއެވެ. މަޒާޔާ އާއިއެކު އަނާލް އަދި ދީމް އައެވެ. ދީމްގެ މޫނުމަތިން ޖެހިލުންވުމުގެ އަސަރު ފެނުނެވެ. ހަމަޖެހުނީ ދީމްއަށް ބަލާލަމުން އަފާޒު ބޯ ޖަހާލުމުންނެވެ. ކެއުން ކުރިއަށް ދިޔައިރު ދީމް ކަމުން ދިޔައީ ގަދަކަމުން ކަހަލަ ގޮތަކަށެވެ. ކަންތައްތައް ވެފައި އޮތް ގޮތް ވެސް މަޒާޔާގެ ފަރާތުން ދީމްއަށް ކޮންމެވެސް ވަރަކަށް އެނގިފައިވުމާއެކު ޝަފޫންގެ ފަރާތުން ދެން ރައްދުވާނީ ކޮންފަދަ ވިހަގަދަ ބަސްތަކެއްކަން ނޭނގި ދީމްގެ ހިތްވަނީ ބިރުވެރިކަމުން ފުރިފައެވެ. އެއްފަހަރު ބަތްސުވާއެއް އަނގަޔަށް ލައިފިއްޔާ އަނެއްދެފަހަރު ދީމްގެ އަރުތެރެއިން އެއްޗެއް ދިރޭ ކަމަށްވަނީ ދެތަށި ފެނާ އެކުގައެވެ. ކިތަންމެ ވަރަކަށް ފެން ބުއި ނަމަވެސް އަރުތެތޭގައި ހުރި ކަރުހިއްކުން ފިލާ ދާހެނެއްހިޔެއްނުވެއެވެ. ***** ކައިގެން ނިދަން ގޮސް ކޮޓަރިއަށް ވަތް އިޒިއަންގެ ފޯން ވައިބްރޭޓް ވުމާއެކު އޭނާ ޗާރޖަށް ޖަހާފައިވާ ފޯން ނަގާ ބަލާލިއެވެ. އަނާލް ގެ މެސެޖަކަށް ވުމާއެކު އޭނަ އަވަސް އަވަހަށް މެސެޖް ހުޅުވާ ކިޔާލިއެވެ. މާދަމާއަކީ ގިނަ ވަގުތު ހޮސްޕިޓަލް ގައި ހޭދަކުރަން ޖެހޭ ދުވަހެއްކަން ހަނދާން ކޮށްދެމުން އޮފީހަށް ނައިސް އިޒިއަން ހޮސްޕިޓަލަށް ދިޔުމަށް އެދިފައި އޮތެވެ. އެ މެސެޖަށް ޖަވާބު ދެމުން އިޒިއަން ވެސް އިތުރު ކަމެއް ނުކޮށް ނިދީއެވެ. އަނެއްދުވަހު އިޒިއަންއާއި އަނާލްއާ ދެމީހުން އެކަކު އަނެކަކާ ދިމާކުރީ ހޮސްޕިޓަލުންނެވެ. އަނާލް ގޮނޑީގައި މަޑުކޮށްގެން އިޒިއަން އިންއިރު އޭނާގެ ގާތުގައި ޒައުނާ ހުއްޓިގެން ހުއްޓެވެ. އިޒިއަންއަށް އަނާލްމެން ފެނުމާއެކު ޑްރައިވަރަށް ކާރު މަޑުކޮށްލުމަށް އިޝާރާތް ކޮށްލިއެވެ. ކާރު މަޑުކޮށްލުމާއެކު ކާރުން ފައިބައިގެން ގޮސް އަނާލްގެ ކުރިމައްޗަށް ހުއްޓުނެވެ. "ހޭ... މޯރނިންގް" އިޒިއަން އަނާލްއަށް ގޮވާލާ ހެނދުނުގެ ސަލާމް ކޮށްލިއެވެ. ރައްދުގައި އަނާލް ވެސް "މޯރިނިންގް" އޭ ބުނެލަމުން ހިނިތުންވެލިއެވެ. "ކޮބާ ފައިލްތައް ގެނައިންތަ..." އިޒިއަން ޒައުނާއަށް އިޝާރާތް ކޮށްލަމުން އަހާލިއެވެ. ޒައުނާ އަތުގައި ހުރި ފައިލްތައް އިޒިއަންއަށް ދައްކާލިއެވެ. "ކޮބާ ރަތް ކުލައިގަ އޮތް ފައިލް... އެފައިލްގައި ވާނީ މިކޮޅުން ތަމްރީނަށް އަދި ކިޔަވަން ބޭރަށް ފޮނުވަން ޝޯޓްލިސްޓް ކުރި މީހުން" އިޒިއަން ފަހަރަކު މީހެއްގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރެ ބުނެލިއެވެ. އަނާލް ޒައުނާއަށް ބަލާލަމުން އެ ފައިލްތައް އޭނާއަށް ދިނުމަށް އެދުނެވެ. ފަހަރަކު ފައިލަކަށް ފަރުވާތެރިކަމާއެކު ބަލަމުން ދިޔަ އިރުވެސް އިޒިއަން އެ ބުނާ ފައިލް އަނާލްގެ ލޮލުގައި އަޅައެއް ނުގަތެވެ. "އެ ފައިލެއް ނެތް!..." އަނާލް ހާސް ކަމާއެކު ބުނެލިއެވެ. "މީޓިން ފެށޭ ގަޑި އަދި ޖެހެން ކައިރިއެއްނުވޭ... ކިހިނެތް ހަދާނީ" އަނާލްއަށް ފަހަރަކު މީހެއްގެ މޫނަށް ބަލާލެވުނެވެ. "ހާސްނުވޭ... އަހަރެންގެ އަތުގަ އެބައޮތް ޕްރެޒެންޓޭޝަން... ޒައުނާ ދާންވީނު ގޮސް ފައިލް ގެންނަން... ވަރަށް މުހިންމުވާނެ އެ ފައިލް މިއަދު ހޮސްޕިޓަލާ ހަވާލުކުރަން" އިޒިއަން ހަމަޖެހެމުން ވާހަކަދެއްކިއެވެ. އެ ފައިލް އޮތްތަން އެނގޭނީ ޒައުނާ އަދި އަނާލްއަށް އެކަނި ކަމަށްވެފައި އަނާލްއަށް ތަކުލީފެއް ޖައްސާކަށް އިޒިއަން ބޭނުންނުވެއެވެ. އޭނާގެ ނަޒަރު އިރުއިރުކޮޅަކާ އަތުކުރީ އޮތް ގަޑިއަށް ހުއްޓެވެ. އަނާލް ވެސް އެގޮތާ އެއްބަސް ވިއެވެ. "ޒައުނާ ދޭ އަހަރެންގެ ޑްރައިވަރާއެކު. ގޮސް އަވަހަށް އާދެވޭތޯ ބަލާ" އަނާލް ޑްރައިވަރަށް ގުޅަމުން ޒައުނާއާ ވާހަކަދެއްކިއެވެ. ޒައުނާ ވެސް ބޯ ޖަހާލިއެވެ. ޑްރައިވަރު އައުމާއެކު ލަސްތަކެއް ނުކޮށް ޒައުނާ އޮފީހަށް ދިޔައެވެ. އިޒިއަންއާއި އަނާލްއާ ދެމީހުން ތިބީ ހޮސްޕިޓަލްގެ ބިއްދޮށުގައި ހައްދާފައިވާ ބަގީޗާގައި މަޑުކޮށްލައިގެންނެވެ. ރަކީންމެން ވެސް ބައިވެރިވާނެ ވާހަކަ ބުނެފައި އޮތުމުން އެމީހުން އަންނަންދެން މަޑުކޮށްގެންނެވެ. މިއަދުގެ ބައްދަލު ވުމަކީ އައްމާރު އަދި ފަހީމްގެ އިތުރުން އަފާޒު އަދި އެހެނިހެން މީހުންވެސް ބައިވެރިވާ ބައްދަލުވުމަކަށް ވުމާއެކު ހުރިހާ ކަމެއް ވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ދާން އިޒިއަންއާއި އަނާލް ބޭނުމެވެ. އަންނަން ބުނެފައިވާ ގަޑީގެ ބައިގަޑިއިރު ކުރިއަށް ދެމީހުންވެސް އައީ އެހެންވެއެވެ. ޕްރެސެންޓޭޝަން ހުށައަޅައިދޭނީ އިޒިއަން އަދި އަނާލް ކަމަށް ވެފައި އެންމެ ފުރިހަމައަށް ތައްޔާރު ވުމުގެ ގޮތުންނެވެ. އަދި ބައެއް ކަންތައްތަކާ ވާހަކަ ދެއްކުމުގެ ގޮތުންނެވެ. ތަންކޮޅެއް ދުރުން އިޒިއަންގެ ރައްޓެއްސެއް އޭނާގެ ލޮލުގައި އަޅައިގަތުމާއެކު އަނާލް ގާތު މަޑުކޮށްލަން ބުނެލާފައި އިޒިއަން އެ އެކުވެރިޔާއަށް ހަނާ އަޅާލަމުން ހިނގައިގަތެވެ. އިޒިއަން ދިޔަ ދިމާ ބަލަންއިން އަނާލް ސިހުނީ ކުއްލިއަކަށް މީހަކު އޭނާގެ ނަމުން ގޮވާލުމުންނެވެ. (ނުނިމޭ...) މާފުކުރާށޭ ލޯބިވާ (7) އިތުރަށް ވިދާޅުވުމަށް
މާފުކުރާށޭ ލޯބިވާ (8)
ހެލްތް މިނިސްޓްރީ ހުންނަ ރޯޝަނީ ބިލްޑިންގްގެ ވައި ގޮޅީގައި ހުރި މަދިރި ބޭސްފުޅިތަކުގެ ތެރެއިން ފުޅިއަކުން މަދިރި ބޭސް ލީކުވެގެން އެމްއެންޑީއެފް ހަރަކާތްތެރިވާން ފަށައިފިއެވެ. އެ އިމާރާތުގައި މަދިރި ބޭސްފުޅިއަކުން ލީކެއްވެގެން އެތަނުގެ ބައެއް މުވައްޒަފުން ހޭނެތުނުކަން 'ސަން' އަށް ވަނީ އެނގިފައެވެ. އެ ދެމީހުން ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައެވެ. އެމްއެންޑީއެފުން ބުނީ 40 ފުޅި މަދިރި ބޭސް ލީކުވި ކަމަށެވެ. މަދިރި ބޭސްފުޅިތަކެއް ލީކެއް ވެފައިވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކެމިކަލް ބަހައްޓާފައި ހުރި ތަނުން ކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާއާ ގުޅިގެން ޜޯޝަނީ ބިލްޑިންގްއާއި މަޖީދިއްޔާ ސްކޫލު މިހާރު ވަނީ ހުސްކޮށްފައެވެ. އެތަނުގެ މުވައްޒަފަކު ބުނިގޮތުން ތަނުން ވަހެއް ދުވާތީ މުވައްޒަފުންނަށް ތިބުމަށް ވަނީ އުނދަގޫވެފައެވެ. އެމްއެންޑީއެފުން ދަނީ އެ އިމާރާތުގައި ހަރަކާތްތެރިވަމުންނެވެ. އެމްއެންޑީއެފުން ބުނީ ބޭސް ލީކުވުން ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.
ހެލްތު މިނިސްޓްރީގައި މަދިރި ބޭސްފުޅިއެއް ލީކުވެ ސިފައިން ހަރަކާތްތެރި ވަނީ
ރައީސްކަން ކުރައްވާފައި ތިއްބަވާ ބޭފުޅުންނަށް މަޖިލިސް މެމްބަރުކަން ނުކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނަން ހުށާހަޅާ އިސްލާހަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނުސީދާކޮށް ފާޑު ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ދީއްދޫ ދާއިރާ މެމްބަރު އަބްދުލް ލަތީފު މުހައްމަދު ރޭ "ސަން" އަށް ވިދާޅުވީ، ރައީސްކަން ކުރައްވާފައި ތިއްބަވާ ބޭފުޅުން މަޖިލީހަށް ވާދަކުރުމަށް ތާއީދު ނުކުރައްވާ ކަމަށާއި އެ ބޭފުޅުންނަށް މަޖިލީހަށް ކުރިމަތި ނުލޭވޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހަށް ރަސްމީކޮށް ހުށަހަޅުއްވާނެ ކަމަށެވެ. ރައީސް މައުމޫން ސަރުކާރުގެ ޕަބްލިކް ވޯކްސް މިނިސްޓަރު ކަން ކުރެއްވި އަބްދުﷲ ކަމާލުއްދީން އެ އިސްލާހާ ގުޅޭ ގޮތުން ކުރެއްވި ޓުވީޓެއް ރީ ޓުވީޓް ކުރައްވައި ރައީސް މައުމޫން ވިދާޅުވީ، ގާނޫނު ކުރިމަގައި އެންމެންނަކީ ވެސް ހަމަ ހަމަ ބައެއް ކަމަށެވެ. "ޖިންސީ ކުލަ އަކަށް، އުފަން ރަށަކަށް އުމުރަކަށް ބެލުމެއް ނެތި ގާނޫނުގެ ކުރިމަތީގައި ހުރިހާ ރައްޔިތުން ހަމަހަމަ ވާން ޖެހޭ،" ސަރުކާރު ހިންގާ ކޯލިޝަންގެ ހަތަރު ލީޑަރުން ތެރޭގައި ހިމެނޭ ރައީސް މައުމޫން ކުރެއްވި ޓުވީޓްގައި ވިދާޅުވި އެވެ. Jinsakah kula akah ufan rashakah umurakah belumeh nethi qaanoonuge kurimathee gai hurihaa rayyithun hamahama vaan jeheyne https://t.co/UWbd6HaSs4 — Maumoon Abdul Gayoom (@maumoonagayoom) January 15, 2019 ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ ލަތީފު އެފަދަ އިސްލާހެއް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ އިރު، ޖުމްހޫރީ ޕާޓީން ވަނީ އޭނާގެ އިސްލާހު އަނބުރާ ނެގުމަށް ގޮވާލައިފަ އެވެ. ލަތީފްގެ އިސްލާހު އަނބުރާ ނެގުމަށް ޖޭޕީން އަންގައިފިއިތުރަށް ވިދާޅުވުމަށް ލަތީފު އެފަދަ އިސްލާހެއް ހުށަހަޅުއްވަން ނިންމަވާފައި މި ވަނީ، ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް އެ ޕާޓީ ޕްރައިމަރީގައި ވާދަކޮށް ކެންޕެއިން ވެސް ކުރައްވަމުން ގެންދަވަނިކޮށެވެ. މީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ކުރިމަތިލައްވާނެ ކަމާ މެދު އަދި ގޮތެއް ނުނިންމަވަ އެވެ. އެމަނިކުފާނު ވިދާޅުވަނީ ވަގުތު ޖެހުމުން ވާދަ ކުރައްވާނެ ކަމާމެދު ގޮތެއް ނިންމަވާނެ ކަމަށެވެ.
މެމްބަރު ލަތީފުގެ އިސްލާހަށް ރައީސް މައުމޫން ނުސީދާކޮށް ފާޑުވިދާޅުވެއްޖެ
މިއަދު ފާހަގަ ކުރާ ޅެންވެރިންގެ ދުވަހުގެ ޅެންތައް މަޝްހޫރު ޅެންވެރިޔާ އަދި އަދަބިއްޔާތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މަރުހޫމު ޔޫސުފް މުހައްމަދު ފުޅުގެ ޅެންތަކަށް ހާސްކޮށްފި އެވެ. މިއަދު ފާހަގަކުރާ ޅެންވެރިންގެ ދުވަހުގެ މުނާއްސަބަތުގައި މިނިސްޓަރު އޮފް އާޓްސް ކަލްޗަ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނު ދެއްވި ހިތާބުގައި ވިދާޅުވީ މިއަހަރުގެ ޅެންވެރިންގެ ދުވަސް ހާއްސަކުރެވިފައި ވަނީ މަޝްހޫރު އެދުރުބެ މަރުހޫމު ޔޫސުފް މުހައްމަދުފުޅުގެ ޅެންތަކަށް ކަމަށެވެ. އެގޮތުން މި އަހަރުގެ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހުރިހާ ހަރަކާތެއް ބާއްވާނީ ޔޫސުފް މުހައްމަދުފުޅުގެ އުފަން ރަށް ރ. އިނގުރައިދޫގައި ކަމަށް ޔުމްނާގެ ހިތާބުގައި ވިދާޅުވި އެވެ. ޔޫސުފް މުހައްމަދުފުޅު ވަނީ ގިނަ ޅެންތަކެއް އަދަބިއްޔާތަށް ދޫކުރައްވައިފަ އެވެ. ޔުމްނާ ވިދާޅުވީ ޅެންވެރިކަމަކީ ކޮންމެ އަދަބިއްޔާތެއްގެ އެންމެ ފަށުވި ފަންނު ކަމަށެވެ. އެ ފަންނު ދިރުވައި އާލާކުރުމަކީ އަދަބިއްޔާތުގެ ފަންނުވެރިންގެ ޒިންމާއެއް ކަމަށް ވެސް ޔުމްނާ ވިދާޅުވި އެވެ. ޅެން، ރައިވަރު ފަދަ ހުރިހާ އެއްޗަކީ ވެސް ހިމާޔަތްކޮށް ދަމަހައްޓަން ޖެހޭ ތަރިކައެއް ކަމަށް ޔުމްނާ ވިދާޅުވި އެވެ. "ޅެންވެރިކަމުގެ މަސައްކަތް ކުރާ ހުރިހާ ޅެންވެރިންގެ އަގުވަޒަން ކުރަންޖެހޭ. އެބޭފުޅުންނަށް ޝުކުރާއި ތައުރީފު ދަންނަވަން ޖެހޭ." ޔުމްނާގެ ހިތާބުގައި ވިދާޅުވި އެވެ. ޅެންވެރިކަމުގެ ދުވަހުގެ މުނާއްސަބަތުގައި މިރޭ ރަސްރަނި ބަގީޗާގައި ހާއްސަ ހަފްލާއެއް ބޭވުމަށް ދިވެހި ބަހުގެ އެކަޑަމީން ދަނީ ތައްޔާރު ވަމުންނެވެ.
ޅެންވެރިންގެ ދުވަސް ޔޫސުފް މުހައްމަދުފުޅުގެ ޅެންތަކަށް ހާއްސަކޮށްފި
ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ނަގާފައިވާ ލޯނެއް އަނބުރާ ދައްކާފައި ނުވާތީ، އެ ލޯނު ނެގުމަށް ރަހުނުކޮށްފައި އޮތް ޅ. މަދިރިގުރައިދޫ ވިއްކާލުމަށް އެ ބޭންކުން އިއުލާނުކޮށްފި އެވެ. ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި މި ލޯނު ނަގާފައިވަނީ ގާޑިއަން އޭޖެންސީ ޕްރައިވެޓް ލިމިޓެޑާއި މޮނާޒާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުންނެވެ. ޅ. މަދިރިގުރައިދޫއަކީ ޕާމް ބީޗު ރިސޯޓު ހިންގާ ރަށެވެ. އެ ރަށުގެ ލީސްހޯލްޑަރަކީ މއ. ނޫރީ، އިބްރާހިމް އަލި މަނިކެވެ. އެސްބީއައިއިން ކުރި އިއުލާނުގައި ބުނާ ގޮތުގައި ޅ. މަދިރިގުރައިދޫގެ ރިޒާވްޑް ޕްރައިސްއަކީ 539.7 މިލިޔަން ރުފިޔާ އެވެ. އެއީ 35 މިލިޔަން ޑޮލަރެވެ. ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓު ބުނާ ގޮތުގައި އެ ރަށުގައި ހިންގާ ޕާމް ބީޗު ރިސޯޓުގައި 135 ކޮޓަރިއާއި 270 އެނދު ހުރެ އެވެ. އެސްބީއައިގެ އިއުލާނުގައި ބުނީ ޕާމް ބީޗު ރިސޯޓު ގަންނަން ބޭނުންވާ ފަރާތްތަކުން އަގާއެކު އައިޑީކާޑުގެ ކޮޕީއެއް ނުވަތަ ކުންފުންޏަކުން ނަމަ ކުންފުނީގެ ރެޖިސްޓްރީ ސެޓްފިކޭޓުގެ ކޮޕީއާ އެކު ސިޓީއުރައެއްގައި ބަންދުކޮށް، އެސްބީއައި ހިންގާ އިމާރާތުގެ އަށްވަނަ ފަންގިފިލާގައި ހުންނަ ލޮކްޑް ބޮކްސްއަށް ލުމަށް އެދޭ ކަމަށެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ގެރެންޓީއެއްގެ ގޮތުގައި 10،000 ޑޮލަރު ދޭންޖެހޭނެ ކަމަށް އެސްބީއައިއިން ބުންޏެވެ. މަދިރިގުރައިދޫ ވިއްކާލުމުގެ ހުއްދަ ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް ލިބުނީ ސިވިލް ކޯޓުން މިދިޔަ އަހަރުގެ ޖުލަި މަހު ކުރި ހުކުމަކާ ގުޅިގެންނެވެ.
ލޯނެއް ނުދައްކައިގެން ޕާމް ބީޗު ރިސޯޓް ވިއްކާލަން އިއުލާންކޮށްފި
ބެއިޖިން (ޖެނުއަރީ 15): ޗައިނާގައި މަސްތުވާތަކެތި ގެންގުޅުނު މައްސަލައެއްގައި އެގައުމުން ކެނެޑާގެ މީހަކު މަރަން ހުކުމްކޮށްފި އެވެ. ޗައިނާއިން ރޮބަޓް ލޯއިޑް ޝެލެންބާގް ފުރަތަމަ ހައްޔަރު ކުރީ 2014 ވަނަ އަހަރު، ޗައިނާއިން އޮސްޓްރޭލިއާއަށް 227 ކިލޯގެ މަސްތުވާތަކެތި ގެންދަން ރޭވި ކަމުގެ ތުހުމަތުގަ އެވެ. އެމައްސަލައިގައި މިދިޔަ އަހަރު ޝެލެންބާގްގެ މައްޗަށް ވަނީ 15 އަހަރުގެ ޖަލު ހުކުމެއްކޮށްފަ އެވެ. އަދި އޭނާ މަރަން އިއްޔެ ކޯޓުން ހުކުމް ކުރީ އެމައްސަލަ އިސްތިއުނާފު ކުރުމުންނެވެ. ޝެލެންބާގް ވަނީ އޭނާގެ މައްޗަށްކޮށްފައިވާ ދައުވާ ދޮގުކޮށްފަ އެވެ. އަދި އެމައްސަލަ އިސްތިއުނާފު ކުރަން އޭނާއަށް 10 ދުވަސް ލިބޭނެ އެވެ. ޗައިނާއިން ޝެލެންބާގް މަރަން ހުކުމް ކުރީ ކެނެޑާއިން ވާވޭގެ ސީއެފްއޯ މެންގް ވަންޖޯ މިދިޔަ މަހު ހައްޔަރު ކުރި މައްސަލައިގައި ދެގައުމުގެ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ. މެންގް ހައްޔަރު ކުރި ފަހުން ޗައިނާއިން ވަނީ ކެނެޑާގެ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އެދެ މީހުންގެ މައްސަލައާ މެންގް ހައްޔަރު ކުރުމާ ގުޅުމެއް ނެތް ކަމަށް ބުނެފަ އެވެ. މެންގް ހައްޔަރު ކުރިތާ 10 ދުވަސް ފަހުން ކެނެޑާއިން އޭނާ ދޫކޮށްލީ އިލެކްޓްރޯނިކް ޓެގު އަޅުވައި، ޕާސްޕޯޓު ހަވާލު ކުރުމަށް އަމުރުކޮށްފަ އެވެ. ކެނެޑާއިން މެންގް ހައްޔަރު ކުރީ އެމެރިކާގެ އެދުމުގެ މަތިންނެވެ. އެމެރިކާއިން ބުނާ ގޮތުގައި މެންގް ވަނީ ވާވޭއިން އީރާނާއެކު ވިޔަފާރި ކުރުމާ ބެހޭ ގޮތުން ބޭންކުތަކަށް އޮޅުވާލާފަ އެވެ. އަދި އެއީ އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފުވާ ކަމެކެވެ.
ޗައިނާއިން ކެނެޑާގެ މީހަކު މަރަން ހުކުމްކޮށްފި
މި ހަފްތާގައި ފެންމަތިވި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެތެރޭގައި ހިނގި ހިޔާނާތެއްގެ މައްސަލައާ ގުޅިގެން އެ ބޭންކުގެ ދެ މުވައްޒަފަކު ސަސްޕެންޑުކޮށްފި އެވެ. "ސަން"އަށް މިކަން ވަނީ ކަށަވަރުވެފަ އެވެ. އެނގިފައިވާ ގޮތުގައި އެ ދެ މުވައްޒަފުން މިހާރު ވަނީ ވަޒީފާއިން ދުރުކޮށްފަ އެވެ. އެތައް މިލިޔަން ރުފިޔާއަކަށް ހިޔާނާތްތެރިވި މި މައްސަލައާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްއިން ދަނީ ސީރިއަސް އިންޓާނަލް ތަހުގީގެއް ކުރަމުންނެވެ. އެ މައްސަލާގައި ހިޔާނާތްތެރިވީ ކިހާ އަދަދެއްގެ ފައިސާއަކަށް ކަމެއް ސާފެއް ނޫނެވެ. އެހެން ނަމަވެސް ސޯޝަލް މީޑިއާގައި ފެތުނު ވާހަކަތަކަށް ބަލާއިރު، ބޭންކުގެ ދެ މުވައްޒަފަކު ވަނީ އަށް މިލިޔަނަށް ވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވެފަ އެވެ. ބޭންކް އޮފް މޯލްޑިވްސްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު އިއްޔެ ވިދާޅުވީ ބޭންކުގެ އެތެރެއިން ހިނގާފާނެ ނުރަނގަޅު ކަންތައްތަކާއި އިހުމާލުތައް ދެނެގަތުމަށް ހަރުދަނާ ގަވައިދުތަކާއި އުސޫލުތަކުގެ އިތުރުން އިންޓާނަލް ކޮންޓްރޯލުތަކެއް ގާއިމުކޮށްފައިވާ ކަމަށެވެ. "އެއްވެސް މުވައްޒަފަކު ގަވައިދާ ޚިލާފުކަމެއްކޮށްފި ނަމަ ތަހްގީގީ އިދާރާތައް މެދުވެރިކޮށް އެކަމެއް ތަހްގީގުކޮށް އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު ބޭންކުން އަޅާނެ،" ސައީދު ވިދާޅުވި އެވެ.
ހިޔާނާތުގެ މައްސަލާގައި ބީއެމްއެލްގެ ދެ މުވައްޒަފަކު ސަސްޕެންޑުކޮށްފި
އޭޝިއަން ކަޕުގެ ގުރޫޕް ސުޓޭޖުގައި ބަހްރޭންއާއި ކުޅުން މެޗުން ބަލިވެ މުބާރާތުން އިންޑިއާ އަލްވަދާއު ކިޔަން ޖެހުމާއި އެކު އެ ޓީމުގެ ކޯޗް ސްޓީފެން ކޮންސްޓެންޓީން ޓީމުން އިސްތިއުފާދީފިއެވެ. ވޭތުވެ ދިޔަ ހޯމަ ދުވަހު ބަހްރޭން އާއި ކުޅެ 0-1 އިން އިންޑިއާ ވަނީ ބަލިވެ ގުރޫޕުގެ ' އޭ ' ގެ ފުލަށް ގޮސްފައެވެ. މިއާއި އެކު މުޅި މުބާރާތުން ވެސް ފުރަތަމަ ކަޓައިގެން ދިޔަ ބަޔަކަށް ވެގެން ގޮސްފައިވަނީ އިންޑިއާއެވެ. މި މެޗަށް ނުކުތް އިރު ދެވަނަ ބުރަށް ކޮލިފައި ވުމުގެ ފުރިހަމަ ތަނަވަސް ބާރު އިންޑިއާގެ އަތުގައި އޮތެވެ. އެހެނީ މެޗު އެއްވަރު ކޮށްގެން ވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮތެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގައި ބަހްރޭން ގެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް އިންޑިއާގެ ހިތްތައް ވަނީ ފުނޑުފުނޑުވެގެން ގޮސްފައެވެ. އޭސިއަން ކަޕުގެ ދެވަނަ ބުރާއި ހަމައަށް ވެސް މީގެ ކުރިން އިންޑިއާ ކޮލިފައިވެފައެއް ނުވެއެވެ. އަދި މިފަހަރުގެ މި މުބާރާތަށް ފުރިހަމައަށް ތައްޔާރުވުމުގެ ގޮތުން ވޭތުވެ ދިޔަ އަހަރުގެ ފަހު ކޮޅު ބޭއްވުނު ސާފް ޗެމްޕިއަންޝިޕް ގައި ވާދަ ކުރުމަށް އެ މުބާރާތަށް ފޮނުވާފައި ވަނީ އެގައުމުގެ 23 އަހަރުން ދަށުގެ ޓީމް އެވެ. ސްޓީފެން ކޮންސްޓެންޓީން ގެ އިންޓަރވިއު އެއްގެ ތެރެއިން ގުރީސް އަށް ނިސްބަތް ވާ ސްޓީފެން ކޮންސްޓެންޓީން އިންޑިއާ ޓީމުގެ ކޯޗު ކަމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް އަންގާ އިންޑިއާއިން މިކަން ވަނީ ސޯސަލް މީޑިއާގައި އާންމު ކޮށްފައެވެ. 2014 ވަނަ އަހަރު އިންޑިއާގެ ޓީމާއި ހަވާލު ވުމަށްފަހު ކޮންސްޓެންޓީން ވަނީ އެ ޓީމަށް ގިނަ ކާމިޔާބުތަކެއް ހޯދައިދީފައެވެ. އެގޮތުން ފީފާ ރޭންކިންގެ 26 ދަރަޖައިގެ ކުރިއެރުމެއް ވަނީ އެ ގައުމަށް ހޯދައިދީފައެވެ. ރަސްމީ ގޮތެއްގައި އޭނާގެ އިސްތިއުފާ އަދި ހާމަކޮށްފައި ނުވި ނަމަވެސް އޭނަ އިންޑިއާގެ ޓީމަށް ކޮށްދިން މަސައްކަތްތަކަށް ޝުކުރ އަދާ ކުރާ ކަމަށް އިންޑިއާއިން ވަނީ ބުނެފައެވެ.
އޭޝިއަން ކަޕުން އަލްވަދާއު ކިޔަން ޖެހުމާ އެކު އިންޑިޔާގެ ކޯޗު ޓީމާއި ދުރަށް
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހުނަށް މަޖިލީހަށް ކުރިމަތި ނުލެވޭ ގޮތަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ބިލް ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގައި މަޝްވަރާ ނުކޮށް ކަމަށާއި އެހެން ކަމުން އެ ބިލް އަނބުރާ ނެގުމަށް އޭނާއަށް ދަންނަވާފައިވާ ކަމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ. އަބްދުﷲ ރިޔާޒު މިއަދު ކުރެއްވި ޓްވީޓެއެއްގައި ވިދާޅުވެފައި ވަނީ، އަބްދުއްލަތީފް ހުށަހެޅުއްވި ބިލްގެ ސަބަބުން ކޯލިޝަންގެ އެއް ލީޑަރު ކަމުގައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަސާސީ ހައްގެއް ގެއްލިދާނެ ފަދަ ކަމަކަށް ވާތީ އެ ބިލް އަނބުރާ ނެންގެވުމަށް ލަތީފަށް ދަންނަވާފައިވާ ކަމަށެވެ. ޖޭޕީ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު ލަތީފު ރޭ 'ސަން' އަށް ވިދާޅުވީ ރައީސްކަން ކޮށްފައިވާ މީހުންނަށް މަޖިލީހަށް ކުރިމަތިނުލެވޭ އިސްލާހު މަޖިލީހަށް ހުށަހަޅުއްވާނީ މިއަދު ކަމަށެވެ. ލަތީފު ވިދާޅުވީ، އެގޮތަށް އިސްލާހު ހުށަހަޅަނީ އެއީ ދައުލަތުން މިހާރު ވެސް އެބޭފުޅުންނަށް ޚަރަދު ކުރަމުންދާތީ ކަމަށެވެ. އަދި ޝަރަފާ އެކު ގައުމަށް ހިދުމަތް ކުރެއްވި ބަޔަކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ވުރެ ދަށް މަގާމަކަށް ކުރިމަތި ލުމަށް އޭނާ ބޭނުންނުވުމަކީ އެ އިސްލާހު ހުށަހަޅުއްވަން ނިންމެވި ސަބަބެއް ކަމަށް ލަތީފް ވިދާޅުވި އެވެ. ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ޓިކެޓްގައި 19 ވަނަ ރައްޔިތުން މަޖިލީހުގެ މައްޗަންގޯޅި މެދު ދާއިރާއަށް ކުރިމަތިލެއްވުމަށް ރައީސް ނަޝީދު ދަނީ އެޕާޓީ ޕްރައިމަރީގައި ވާދަކުރުމަށް ކެމްޕެއިން ކުރައްވަމުންނެވެ. މީގެ އިތުރުން ރައީސް ޔާމީން މަޖިލީހަށް ކުރިމަތިލައްވާނެ ކަމާ މެދު އަދި ގޮތެއް ނުނިންމަވަ އެވެ. އެމަނިކުފާނު ވިދާޅުވަނީ ވަގުތު ޖެހުމުން ވާދަ ކުރައްވާނެ ކަމާމެދު ގޮތެއް ނިންމަވާނެ ކަމަށެވެ.
ކުރީގެ ރައީސުންނަށް މަޖިލީހަށް ކުރިމަތިނުލެވޭ ބިލް އަނބުރާ ނެގުމަށް ޖޭޕީން އަންގައިފި
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅަކީ އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. އެހެންނަމަވެސް އާންމުކޮށް މި ނަންފުޅު ދިވެހީން ލިޔެ އުޅެނީ އިބްރާހީމް މުހައްމަދު ސޯލިހު މި ގޮތަށެވެ. މި ނަންފުޅު ކިޔުމުގައްޔާއި ލިޔުމުގައި ސޯލިހު މި ގޮތަށް އަންނަނީ، "ޞާދު" އާބާފިލި ކިޔުމުގައި ފަސޭހަކޮށްލުމުގެ ގޮތުން "ސީނު" އޯބޯފިއްޔަކަށް ކިޔުމަކީ ދިވެހީންގެ ތެރޭގައި މިހާރު އާންމު ކަމަކަށް ވާތީއެވެ. ދިވެހި ބަހުގެ އުސްތާޒު ޢަބްދުﷲ ޞާދިޤު އަކީ ހަގީގަތުގައި "ޞާދުބެ" ނަމަވެސް އެއީ ދިވެހީންގެ "ސޯދުބެ" ނޫންތޯއެވެ! އެހެންކަމުން "ޞާ" "ސޯ"އަށް ބަދަލު ވުމަކީ އާ ކަމެއް ނޫނެވެ. އެކަމަކު މިފަހަރު މި އުޅެނީ އެއަށް ވުރެ ވެސް ބޮޑު ތަފާތެއް ރައީސްގެ ނަންފުޅު ލިޔުމުގައި އައިސްފައި ވާތީ ފެނިގެންނެވެ. އަރަބި އަކުރުން ލިޔާއިރުއެވެ. އަރަބި ގައުމުތަކުގެ ހުރިހާ ނޫހެއްގައި ކަހަލަ ގޮތަކަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅު ލިޔެފައި ހުންނަނީ إبراهيم محمد صليح (އިބްރާހީމް މުޙައްމަދު ޞުލީޙް) މި ގޮތަށެވެ. ފިލި ނުޖަހައި ލިޔެފައި ހުންނާތީ ބައެއް މީހުން "ޞުލައިޙް" ވެސް ކިޔައިފާނެއެވެ. "ޞުލައިޙް" އަކީ "ޞާލިޙް" ކިޔާ މީހުންނަށް "ކުޑަ ޞާލިޙް" މި މާނައިގައި އަރަބި ބަހުން ކިޔައި އުޅޭ ގޮތެކެވެ. ނަމަވެސް، މިއީ އެ އުސޫލުން "ޞާލިޙް" މި ނަން ތަސްޣީރުކޮށްގެން (ކުޑަކޮށްގެން) ކިޔަނީ ކަމަކަށް ނުބެލެވެއެވެ. ގައުމެއްގެ ރައީސެއްގެ އަސްލު ނަންފުޅު އެނގި ތިބެ، ގަސްތުގައި ތަސްޣީރުކޮށްގެން ނުކިޔާނެތީއެވެ. ތާނައިން އެމަނިކުފާނުގެ ނަންފުޅު ރަސްމީކޮސް ލިޔަނީ "އިބްރާހީމް މުޙައްމަދު ޞާލިޙް" މި ގޮތަށެވެ. ތާނައިން ލިޔާ، މި ގޮތަށް ބަލައިގެން އަރަބި އަކުރުން ލިޔުމުން އޮންނާނީ إبراهيم محمد صالح މި ގޮތަށެވެ. މިއީ އެ ނަންފުޅު އަރަބި އަކުރުން ލިޔަން ޖެހޭ ގޮތެވެ. އެހެންވީއިރު އަރަބި ނޫސްތަކުގައި إبراهيم محمد صليح މި ގޮތަށް ލިޔަނީ ކީއްވެ ހެއްޔެވެ؟ ގަބޫލު ކުރެވޭ ގޮތުގައި މީގެ ސަބަބަކީ އެމަނިކުފާނުގެ ނަންފުޅު އިނގިރޭސި އަކުރުން ލިޔާ ގޮތެވެ. މިހެން ދަންނަވަން ޖެހުނީ އަރަބި ގައުމުތަކުގެ ނޫސްތަކުގައި ލިޔާ ލިޔުންތެރީންނަށް މަސްދަރެއްގެ ގޮތުގައި ފެންނާން ހުންނާނީ އިނގިރޭސި ބަހުން ހުންނަ ލިޔުންތަކުގައި ރައީސްގެ ނަންފުޅު އިނގިރޭސި އަކުރުން ލިޔެފައި އޮންނަ ގޮތެވެ. އިނގިރޭސި އަކުރުން އެމަނިކުފާނުގެ ނަންފުޅު ލިޔަނީ އަރަބި ނަންތައް އިނގިރޭސި އަކުރުން ލިޔުމުގެ އާންމު އުސޫލާ ހިލާފަށެވެ. އަދި ދިވެހިރާއްޖޭގައި އަރަބިތާނަ ލެޓިން އަކުރުން ލިޔުމަށް އެކަށައަޅައިފައި އޮންނަ އުސޫލާ ވެސް ހިލާފަށެވެ. އިނގިރޭސި އަކުރުން އެމަނިކުފާނުގެ ނަންފުޅު ލިޔަމުންދާ ގޮތަށް "Solih" ލިޔެފައި އޮއްވައި، ދިވެހި ލެޓިންގެ އުސޫލަށް ރިއާޔަތްކޮށްގެން ކިޔައިފި ނަމަ ކިޔޭނީ "ސޮލިހް" އެވެ. އަރަބި ނަންތައް އިނގިރޭސި އަކުރުން ލިޔުމުގައި އެކި ގައުމުތަކުގައި ތަފާތު އެކި ގޮތްތައް ބޭނުން ކުރެވުނު ނަމަވެސް، ވަރަށް ކުރީއްސުރެ އާންމުވެފައިވާ އުސޫލެއް އޮވެއެވެ. އެ އުސޫލުގައި އިނގިރޭސި "އޭ" އަކުރަކީ އަރަބީގެ އަބަފިއްޔާއި ދެމޭ އަލިފެވެ. "އީ" އަކުރަކީ އަރަބީގެ އިބިފިއްޔެވެ. "އައި" އަކުރަކީ އަރަބީގެ ދެމޭ ޔާއެވެ. "އޯ" އަކުރަކީ އަރަބީގެ އުބުފިއްޔެވެ. "ޔޫ" އަކުރަކީ އަރަބީގެ ދެމޭ ވާވެވެ. "މުޙައްމަދު" ލިޔާ އިރު އުބުފިއްޔެއްގެ ގޮތުގައި "އޯ" އަކުރު ބޭނުން ކޮށްފައި "މޫސާ" ލިޔާ އިރު އޫބޫފިލީގެ ގޮތުގައި ނުވަތަ ދެމޭ ވާވުގެ ގޮތުގައި، އެންމެ "ޔޫ" އަކުރެއް ބޭނުން ކޮށްފައި ހުއްޓައި ފެންނަނީ މިހެންވެއެވެ. އިނގިރޭސި އަކުރުން އެމަނިކުފާނުގެ ނަންފުޅު ލިޔަމުންދާ ގޮތަށް "Solih" ލިޔެފައި އޮއްވައި، އަރަބި ނަންތައް ލެޓިން ކުރުމުގެ މި އުސޫލަށް ރިއާޔަތްކޮށްގެން ކިޔާއިރު "އޯ" އަކުރު ބަލާނީ "އުބުފިއްޔެއް" ކަމުގައެވެ. "އައި" އަކުރު ބަލާނީ "ދެމޭ ޔާ" ނުވަތަ "އީބީފިއްޔެއްގެ ގޮތުގައެވެ. ވީމާ ކިޔެނީ "ސުލީހް" ނޫންތޯއެވެ؟ "ޞާލިޙް" މި ނަން އަރަބި ގައުމުތަކުގެ މީހުން އިނގިރޭސި އަކުރުން ލިޔަނީ "Saleh" މި ގޮތަށެވެ. އެހެންނަމެސް ދިވެހި ލެޓިންގެ އުސޫލަށް ވިސްނައިގެން ދިވެއްސަކު މި ނަން ކިޔާނީ "ސަލެހް" ނޫންތޯއެވެ؟
ދިވެހީންގެ "ސޯލިހް"، އެވެރިން ލިޔަނީ "ޞުލީޙް"!
ވިލިމާލޭގައި މީހުން ދިރިނޫޅޭ ފަޅު ގެއެއްގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. އެމްއެންޑީއެފުން ބުނީ ވިލިމާލޭ އެސްޓިއޯ ކައިރި ހުންނަ ސީޝަމް ގޭގައި އަލިފާން ރޯވި ކަމުގެ ރިޕޯޓް ލިބިފައިވަނީ ރޭ މެންދަމު 3:11 ގައި ކަމަށާއި އަދި ވިލިމާލޭ އެމްއެންޑީއެފް ފަޔާ ސްޓޭޝަނުން 14 މިނެޓްގެ ތެރޭގައި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު އެ ގެ އަކީ ދަނގަޑު ޓިނުން ހިޔާ ކޮށްފައި ހުރި ކުޑަ ކުޑަ ގެ އެއް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. މީހުން ނޫޅޭ ފަޅު ގެއެއްގައި އަލިފާން ބަޔަކު ރޯކޮށްލީ ތޯ ނުވަތަ ނޫންތޯ އެމްއެންޑީއެފުން ބުނެފައެއް ނުވެއެވެ.
ވިލިމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މެޑްރިޑް (ޖެނުއަރީ 15): ސްޕެއިންގެ މަލަގާ ޕްރޮވިންސުގައި 100 މީޓަރު ފުން ވަޅަކަށް ވެއްޓުނު ދެ އަހަރުގެ ކުއްޖަކު ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ފަށައިފި އެވެ. ސްޕެއިންގެ މީޑިއާތަކުން ބުނާ ގޮތުގައި ޔުލެން ނަމަކަށް ކިޔާ އެކުއްޖާ ވެއްޓިފައި ވަނީ 25 ސެންޓިމީޓަރު ފުޅާ ވަޅަކަށެވެ. އަދި އެކުއްޖާ ވަޅަށް ވެއްޓުނުކަން އާއިލާއިން ފުލުހުންނަށް އެންގީ އާދިއްތަ ދުވަހު މެންދުރެވެ. ފަޔާފައިޓަރުންނާއި ފުލުހުން ވަނީ އެކުއްޖާ ދިރިހުރި ކަން އަދި ނޭނގޭ ކަމަށް ބުނެފަ އެވެ. އަދި ކުއްޖާ ހޯދުމަށް ރެސްކިއު ވޯކަރުން ވަނީ ވަޅުގެ 78 މީޓަރު އަޑިއަށް ކެމެރާއެއް ތިރިކޮށްފަ އެވެ. އެކެމެރާއިން ކުއްޖާ ގެންގުޅުނު މެޓާ ކޮތަޅަކާއި ޕްލާސްޓިކް ތައްޓެއް ފެނުނު ކަމަށް ސްޕެއިންގެ މީޑިއާތަކުން ބުންޏެވެ. ކުއްޖާ ސަލާމަތް ކުރުމަށް ހާއްސަކޮށްފައިވާ ޓީމުން މިހާރު ދަނީ ކުއްޖާ ސަލާމަތް ކުރެވޭނެ އެންމެ ރަނގަޅު ގޮތެއް ނިންމުމަށް މަސައްކަތް ކުރަމުންނެވެ. އަދި މިހާރު އެފަރާތްތަކުން ދަނީ ވަޅަށް ގެއްލުން ނުވާ ގޮތަށް، ވަޅު ކައިރީ އެހެން ބިންގަރާހެއް ކޮނެ، ކުއްޖާ ވެއްޓިފައިވާ ވަޅާ ގުޅުވާނެ ގޮތެއް ވިސްނަމުންނެވެ.
ސްޕެއިންގައި ފުން ވަޅަކަށް ވެއްޓުނު ދެ އަހަރުގެ ކުއްޖަކު ހޯދަނީ
ރޭ ވޮލްވާހަމްޓަން ވަންޑާސް ގެ މައްޗަށް ފަސޭހަ ކަމާއެކު ކުރި ހޯދައި މެންޗެސްޓާ ސިޓީއިން އެއްވަނައިގައި އޮތް ލިވަޕޫލް އާ ދެމެދުގައިވާ ފަރަގު ކުޑަކޮށްފިއެވެ. އިނގިރޭސި ޕްރިމިއަރ ލީގުގައި ވޭތުވެ ދިޔަ އަހަރުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި މި ސީޒަން އަށް އަނބުރާ ފުރަތަމަ ޑިވިސަން އަށް ކޮލިފައިވި ވޮލްވާހަމްޓަން ވަންޑާސް ރޭ ބައްދަލު ކުރި މެޗު ފަސޭހަ ކަމާ އެކު ކާމިޔާބު ކޮށްފައި ވަނީ މެންޗެސްޓަރ ސިޓީއިން އެވެ. 0-3 ގެ ނަތީޖާ އަކުން މި މެޗުން ސިޓީ މޮޅުވުމާއި އެކު އެމީހުން ވަނީ މިވަގުތު އެއްވަނައިގައި އޮތް ލިވަޕޫލް އާ ދެމެދު 4 ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފައެވެ. ގެބްރިއަލް ޖީސުސް ގޯލް ޖެހުމަށްފަހު އުފާ ފާޅު ކުރަނީ މެޗު ފެށިގެން 10 ވަނަ މިނެޓުގެ ތެރޭގައި ސިޓީއިން ލަނޑެއް ޖަހައި ލީޑު ނެގިއެވެ. އެމެރިކް ލަޕޯޓް ނަގައިދިން ހުރަހަކުން ގޯލުގެ ތެރެއަށް ފޮނުވާލާ މި ގޯލް ކާމިޔާބު ކޮށްދީފައިވަނީ ގެބްރިއަލް ޖީސުސް އެވެ. އޭނާ ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗުގެ 39 ވަނަ މިނަޓުގައި ލިބުނު ޕެނަލްޓިއަކުން އިތުރު ގޯލެއް ޖަހައި ޖީސުސް ވަނީ ދެ ޓީމުގެ ފަރަގު ބޮޑުކޮށްފައެވެ. ސިޓީގެ 3 ވަނަ ގޯލަކީ 78 ވަނަ މިނަޓުގައި ކޮނޯރ ކޯޑީ އަތުން ބައި ކޮޅަށް ވަދެފައިވާ ލަނޑެކެވެ. ރޭގެ މެޗަށް މެންޗެސްޓަރ ސިޓީ ނުކުތުމުގެ ކުރިން ކުޅުނު 2 މެޗުގައި ސިޓީ އިން ވަނީ 16 ގޯލު ޖަހާފައެވެ. ވީމާ މި މެޗުގައިވެސް ސިޓީގެ ފަރާތުން ގިނަ ގޯލް ތަކެއް ފެނިގެން ދާނެ ކަމަށް ގިނަ ބަޔަކު ތިބީ ޔަގީން ކޮށްގެން އެވެ. ނަމަވެސް މެޗުފެށިގެން ވޮލްވާހަމްޓަން ވަންޑާސް ގެ ފަރާތުން ރަނގަޅު ވާދަވެރި ކުޅުމެއް ފެނިގެން ދިޔައެވެ. އެހެނަސް މާ ގިނައިރުތަކެއް ނުވަނީސް އެ ޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ ވިލީ ބޮލީއަށް ވަނީ ރެފްރީ ރަތް ކާޑު ދައްކާފައެވެ. މިކަމުގެ ފައިދާ ނަގާ ސިޓީއިން ވަނިީ މުޅި ވޮލްވާހަމްޓަން ވަންޑާސް ގެ ޓީމު ޕްރެޝަރަށް ދުއްވާލައި ގޯލު ތަކެއް ޖަހައިފައެވެ. "އެމީހުންގެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކި ހިސާބުން ޓީމު ފަހަތަށް ފައިބާ ޑިފެންސް ކުރަން ފެށީ. އެހެންވެ އަހަރަމެންނަށް ކުޅެން ވަރަށް އުނދަގޫވި. ދެން ޖެހުނީ ޕާސްކޮށް ކުޅުމުގެ ބަދަލުގަ ދެފަޅިން ހުރަސް ކޮށްގެން ކުޅެން." މެޗު ނިމުމަށް ފަހު ނޫސްވެރިންނަށް ދިން އިންޓަވިއުގައި މެންޗެސްޓަރ ގެ ކޯޗް ޕެޕް ގާޑިއޯލާ ބުންޏެވެ. ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސުސްގެ ކުޅުމާއި ދޭތެރޭ ހިންހަމަ ޖެހޭ ކަމަށާއި ސްޓްރައިކަރެއްގެ ބޭނުމަކީ ގޯލު ޖެހުން ކަމަށް ވުމުން އޭނާ އެކަން ފުރިހަމައަށް ކޮށްފައިވާ ކަމަށް ވެސް ގާޑިއޯލާ ވަނީ ބުނެފައެވެ.
ވުލްވްސް ކައިރިން ސިޓީއަށް ފަސޭހަ މޮޅެއް
ވޮޝިންޓަން (ޖަނަވަރީ 15) : ތުރުކީގެ އިގްތިސާދު ހަލާކުކޮށްލާނެ ކަމުގެ އިންޒާރު ދެއްވުމަށްފަހު އަނެއްކާ ތުރުކީގެ އިގްތިސާދު އިތުރަށް ބިނާކޮށް ވަރުގަދަކޮށް ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައުދުވެ ވަޑައިގެންފިއެވެ. ޓްރަމްޕްގެ އިންޒާރަށްފަހު ޓްރަމްޕް ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އާ ފޯނުން ގުޅުއްވައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ތުރުކީގެ އިގްތިސާދު ހަލާކުކޮށްލާނެ ކަމަށް ދެއްވި އިންޒާރު އަނބުރައި ގެންނަވައިފި ކަމަށާ އޭގެ ބަދަލުގައި ތުރުކީގެ އިގްތިސާދު އިތުރަށް ބިނާކޮށް ވަރުގަދަކޮށްދޭނެ ކަމުގެ ޔަގީންކަން އުރުދުޣާން އަށް ދެއްވާ ކަމުގައެވެ. ތުރުކީގެ އިގްތިސާދު ހަލާކުކޮށްލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވީ ސޫރިޔާގެ ކުރުދީން ޖަމާއަތްތަކަށް ތުރުކީން ޙަމަލާދީފިނަމަ ނުވަތަ އެޖަމާއަތްތަކާ ދެކޮޅަށް ތުރުކީ ހަނގުރާމަ ފަށައިފި ހާލަތެއްގައެވެ. ޓްރަމްޕްގެ އިންޒާރަށް ރައްދު ދިނުމުގެ ގޮތުން ތުރުކީގެ ޚާރިޖީ ވަޒީރު މައުލޫދު ޗާވްޝް އޮގްލޯ ވިދާޅުވީ އެމެރިކާގެ އެއްވެސް އިންޒާރަކަށް ތުރުކީވިލާތް ނުސިހޭނެ ކަމާއި އެމެރިކާ ސޫރިޔާއިން ފޭބިޔަސް އަދި ނުފޭބިޔަސް އެމެރިކާގެ ތާއީދު ލިބިފައިވާ ސޫރިޔާގެ ކުރުދީ ޖަމާއަތްތަކާ ދެކޮޅަށް އަސްކަރީ ފިޔަވަޅުތައް އަޅައި އެޖަމާއަތްތައް ބަލިކޮށްލާނެކަން އެމެރިކާއަށް އަންގާފައި ޥާނެކަމުގައެވެ. އަދި ތުރުކީގެ އިގްތިސާދު ހަލާކޮށްލި ނަމަވެސް ޓްރަމްޕަށް އެމެރިކާގެ މަގްސަދުތައް ޙާސިލް ނުކުރެވޭނެ ކަމަށާ ޓްރަމްޕާއި އެމެރިކާގެ މަސްއޫލުވެރިން ދެއްވާ އެކިއެކި އިންޒާރުތަކާއި ދައްކަވާ ބިރުތައް މިހާރު ބޮޑު ޖޯކަކަށް ވެފައިވާ ކަމަށްވެސް އޮގްލޯ ވިދާޅުވިއެވެ. ޓްރަމްޕަށް ރައްދު ދެމުން ތުރުކީގެ ރިޔާސަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓެރަރިސްޓުންނާ ގުޅުންތައް ބާއްވައިގެން ތުރުކީ ބައިވެރިއެއްގެ ގޮތުގައި އެމެރިކާއަށް ނޯވެވޭނެ ކަމަށާ އެމެރިކާއަށް އޮތީ ބައިވެރިއެއްގެ ގޮތުގައި ތުރުކީ ނޫނީ ސޫރިޔާގެ ކުރުދީ ޖަމާއަތްތައް މިދެ ފަރާތުންކުރެ ފަރާތެއް އިޚްތިޔާރުކުރުން ކަމުގައެވެ. ތުރުކިގެ ރައްދުތަކާއެކު ޓްރަމްޕްވަނީ އުރުދުޣާން އަށް ފޯނުކުރައްވައި އޭނާގެ އިންޒާރު އަނބުރައި ގެންނެވި ކަން އުރުދުޣާންއަށް ދަންނަވާފައެވެ. އަދި ތުރުކީގެ އިގްތިސާދު އިތުރަށް ބިނާކޮށް ވަރުގަދަކޮށްދޭނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. (އަލްޖަޒީރާ)
ތުރުކީގެ އިގްތިސާދު ބިނާކޮށް ވަރުގަދަކޮށް ދިނުމަށް ޓްރަމްޕް ވައުދުވެ ވަޑައިގެންފި
އެންމެ ފަހުން ދުނިޔޭގެ ރީތީގެ ރާނީއަކަށް ހޮވުނު މަނޫޝީ ޗިއްލަރު ބޮލީވުޑް އަށް ގުޅެން އުޅޭ ކަމުގެ ހަބަރު ފެތުރެން ފަށައިފިއެވެ. ޑައިރެކްޓަރު/ޕްރޮޑިއުސަރު ފަރާ ޚާން އުފައްދާ ފިލްމަށް މަނޫޝީއަށް ފުރުސަތު ލިބިފައިވާއިރު އެ ހުށަހެޅުން މަނޫޝީ ގަބޫލުކުރިކަމެއް އެނގިފައެއް ނުވެއެވެ. ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް މިހާރު ކުރަމުންއަންނައިރު އެ ފިލްމު ރަސްމީ ސިފައެއްގައި އިއުލާންކުރާނީ ސްކްރިޕްޓް ލިޔެ ނިންމުމަށްފަހު ކަމަށް ހަބަރުތައް ބުނެއެވެ. މަނޫޝީ ވަނީ ބޮލީވުޑްގެ ބައެއް ތަރިންނާއެކު އިޝްތިހާރުކުޅެފައެވެ. ބޮލީވުޑާ ގުޅުމުގެ ވިސްނުން ހުރިކަމަށް މަނޫޝީ ވަނީ މީގެ ކުރިން ބުނެފައެވެ. މަނޫޝީ ކުރިން ދިން އިންޓަވިއުއެއްގައި ބުނީ އަދި ފިލްމެއްގެ ހުށަހެޅުން ލިބިފައި ނުވި ނަމަވެސް، އެފަދަ ފުރުސަތަކަށް އޭނާ އިންތިޒާރު ކުރަމުން އަންނަ ކަމަށެވެ. މަނޫޝީ އަކީ މިސް ވޯލްޑް ހޯދި އިންޑިއާގެ ހަ ވަނަ ރީތީގެ ރާނީ އެވެ. އަދި މަނޫޝީ އަކީ 2000 ވަނަ އަހަރުގެ ފަހުން މިސް ވޯލްޑް ލިބުނު ފުރަތަމަ އިންޑިއާގެ ރީތީގެ ރާނީ އެވެ. ދެހާސް ވަނަ އަހަރު މިސް ވޯލްޑް ލިބުނީ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަށެވެ.
މިސް ވޯލްޑް މަނޫޝީ ބޮލީވުޑަށް!
ކޮންމެ މީހަކު ވެސް އެންމެ ލޯބި ވާނީ އެމީހެއްގެ ދަރީން ދެކެއެވެ. ހަޔާތުގައި ތިމާއަށް ނުލިބުނު އުފާތަކާއި ކާމިޔާބީތައް ދަރީންނަށް ހޯދައި ދިނުމަށް ކޮންމެ މަންމައަކާއި ބައްޕައަކު ވެސް ގަދައަޅައި މަސައްކަތް ކުރެއެވެ. ތައުލީމީ ގޮތުން ވެސް ތިމާމެންނަށް ވުރެ، ތިމާމެންގެ ދަރީން މޮޅު ކުރެވޭ ތޯ މައިންބަފައިން ހިތްވަރު ކުރެއެވެ. އެހެންކަމުން ތިމާގެ ލޯބިވާ ދަރިފުޅު މޮޔައަކަށް ހެދުމަކީ، އަމިއްލަ އިހުތިޔާރުގައި، އެނގިގެން ހުރެ އެއްވެސް މަންމައަކު އަދި ބައްޕައަކު ކުރާނެ ކަމެއް ނޫނެވެ. އެހެންނަމަވެސް ދަރިފުޅު ބޭނުން ކޮންމެ ކަމެއް ދަރިފުޅު ދެކެ ލޯބިން ކޮށްދިނުމާއި، ތިމާގެ މަސައްކަތްތައް ރާވާފައި ހުރި ގޮތުން، ދަރިފުޅަށް ވަގުތު ދޭން ދަތިވާތީ ކުރެވޭ ބައެއް ކަންކަމަކީ ދަރިފުޅުގެ މުޅި ކުރިމަގު އޭގެ ސަބަބުން ބަނަވެގެން ހިނގައިދާނެ ކަމެއް ކަން ބައެއް ބެލެނިވެރީންނަށް އޮންނަނީ ވިސްނައިނުލެވިފައެވެ. ބެލެނިވެރީން ދަރިފުޅަށް ހޯދައިދޭ ތަކެތީގެ ތެރެއިން ދަރިފުޅަށް އެންމެ ނުރަނގަޅު އަސަރެއް ކުރާ އެއްޗަކީ "ސްކްރީން" ކަމަށް އެތައް ދިރާސާއަކުން ވަނީ ހާމަވެފައެވެ. މިގޮތުން ފޯނާއި ޓެބްލެޓާއި ޓީވީއާއި ކޮމްޕިއުޓަރު ފަދަ ތަކެތީގެ ސްކްރީނަކީ ކުޑަކުދީންގެ އިތުރުން ބޮޑެތި މީހުން ވެސް އެއަށް ދެވި ހިފާ އެއްޗެކެވެ. ހާއްސަކޮށް ކުޑަކުދީންނަށް އޭގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް މާ ބޮޑެވެ. ސްކްރީން ބޭނުންކުރުމުގެ ސަބަބުން ކުއްޖާއަށް އޭނާގެ ވަށައިގެންވާ މާހައުލުގައި ހިނގާ ކަންކަމަށް ސަމާލުކަން ނުދެވެއެވެ. އެންމެ ފަހުން އެ ކުދީން ވަނީ "ސްކްރީން ޑިޕެންޑެންސީ ޑިސްއޯޑަރ" ގެ ޝިކާރައަކަށެވެ. ހަމައެހެންމެ ތުއްތު ކުއްޖާއަށް ރަނގަޅަށް ވާހަކަ ދައްކާން ނޭނގެނީސް ސްކްރީން ބަލަން ފުރުސަތު ދޭން ފަށައިފި ނަމަ، ވާހަކަ ދެއްކުން ލަސްވުމާއި، ކުއްޖާ ބުނާން ބޭނުންވާ ވާހަކަތައް ބުނުމުގެ ގާބިލުކަން ކުޑަވެގެންދާ ކަމަށް ވެސް ދިރާސާތަކުން ދައްކައެވެ. މިހާރަކަށް އައިސް ކުއްޖާ ބޮޑުވެގެން އަންނަ އިރު މާ އަވަހަށް ޓީވީ ދައްކަން ފަށާކަން ފާހަގަކޮށް، ކުޑަކުދީންގެ ހާއްސަ ޑޮކްޓަރު، ޑރ. ޢަބްދުﷲ ނިޔާފް ވިދާޅުވަނީ އެއީ ވެސް ކުއްޖާ ވާހަކަ ދައްކަން ފެށުން ލަސްވެ މީހުންނާ ގުޅިގެން އުޅުން ދުރުވާ ސަބަބަކަށް ވެދާނެ ކަމަށެވެ. " ކަނީ ޓީވީ ހުޅުވައިގެން. މަންމަ ގޭތެރޭގައި މަސައްކަތެއް ކުރަންވީމާ ޓީވީ ކުރިމަތީ ބައިންދާލާފައި ގޮސް ކުރަނީ. ޓީވީ އިން އެއްޗެއް ނާންނަންޏާ ވީޑިއޯ ޖައްސަނީ. ޔޫޓިއުބް އަޅުވަނީ. ފޯނު ދީފައި ބައިންދަނީ،" ޑރ. ނިޔާފް ވިދާޅުވިއެވެ. ކުޑަކުދިންގެ ވާހަކަ ދެއްކުމާ ބެހޭ ގޮތުން ޑރ. ނިޔާފްގެ މި ވާހަކަތައް އެނގުން މުހިންމު! އިތުރަށް ވިދާޅުވުމަށް ދަރިފުޅަށް ކޮންމެހެން ސްކްރީން ވަގުތު ދޭން ޖެހޭ ކަމަށް ވާނަމަ، ވެސް އެ ވަގުތުތައް ރަނގަޅަށް ތަރުތީބު ކުރަން ޖެހެއެވެ. މި ގޮތުން ސައުވީސް ގަޑި އިރު ތެރޭގައި ދެ ގަޑިއަށް ވުރެ ގިނަ ވަގުތު ސްކްރީން ބަލަން ފުުރުސަތު ނުދިނުމާއި، އެންމެ ފަހުން ސްކްރީން ބޭނުން ކުރި ވަގުތާއި ނިދަން އޮށޯތުމާ ދެމެދު އެންމެ މަދުވެގެން އެއް ގަޑި އިރުގެ ވަގުތު އޮންނަކަން ކަށަވަރު ކުރުމަކީ ބެލެނިވެރީން ކުރާން ޖެހޭ ކަމެކެވެ. ހަމަ އެގޮތަށް ނިދީން ހޭލާ ގޮތަށް ދަރިފުޅު އަތަށް ލިބޭ ފުރަތަމަ އެއްޗަކީ ސްކްރީން ކަމަށް ވެގެން ނުވާނެއެވެ. ހޭލުމަށް ފަހު މަދުވެގެން އެއް ގަޑި އިރު ފަހުން ނޫނީ ސްކްރީނަށް ފުރުސަތު ދީގެން ނުވާނެއެވެ. އަދި ހަމައެހެންމެ ސްކްރީނަށް ދެވޭ ވަގުތަކީ އެހެން ކަމަކަށް އޮންނަ ވަގުތުގެ ތެރެއިން ނެގޭ ވަގުތަކަށް ވެގެން ނުވާނެއެވެ. ނުނިދައި ހުރެ ސްކްރީނަށް ވަގުތު ހޭދަ ކުރުމާއި، ކާ ގަޑީގައި ސްކްރީން ބޭނުން ކުރުމާއި އާއިލާއާ އެކު ހޭދަ ކުރާން އޮންނަ ވަގުތުގައި ސްކްރީން ބޭނުން ކުރުމާއި ހަށިގަނޑަށް ކަސްރަތެއް ލިބޭ ފަދަ ކުޅިވަރެއް ކުޅޭން އޮންނަ ވަގުތުގައި ސްކްރީން ބޭނުން ކުރުމަކީ އޭގެ ނުރަނގަޅު އަސަރު ކުޑަކުއްޖާގެ ސިކުނޑިއަށް ކުރާ ކަމެކެވެ. ޓީވީއާއި އައިޕެޑް ފަދަ ތަކެތި ބޭނުންކުރުމަށް ކުޑަކުދީން ހޭދަކުރާ ވަގުތާމެދު ސަމާލުވާން ޖެހޭކަމަށް ވިދާޅުވަމުން ކުޑަކުދީންގެ ހާއްސަ ޑޮކްޓަރު، ޑރ. އަބްދުﷲ އަފީފް މީސްމީޑިއާ މެދުވެރިކޮށް ވިދާޅުވެފައިވަނީ، "އެންޓަޓެއިންމަންޓް ސްކްރީން" (ޓީވީ، އައިޕެޑް އަދި ކޮމްޕިއުޓަރު ފަދަ ތަކެތި) ބޭނުންކުރުމުގައި ކުޑަކުދީން ހޭދަކުރާ ވަގުތު ދުވާލެއްގެ މައްޗަށް ގަޑިއިރެއް ނުވަތަ ދެ ގަޑިއިރަށް ވުރެ އިތުރު ނުކުރުމަށެވެ. އޭގެ އިތުރުން އުމުރުން ދެ އަހަރު ނުވާ ކުދިން އެފަދަ ތަކެއްޗާ މުޅިން ދުރުގައި ގެންގުޅުމަށްވެސް ޑރ. އަފީފް ވަނީ އިރުޝާދުދެއްވައިފައެވެ. ޓެކްނޮލޮޖީއާއި އިލެކްޓްރޯނިކްސް ދުނިޔެއެއްގައި މިހާރު އެކަން ހުއްޓުވުމަށް ނުވަތަ އެކަމުގައި ހޭދަކުރާ ވަގުތު ކުޑަކުރުވުމަށް މަސައްކަތްކުރުމަކީ އުނދަގޫ ކަމެއް ނަމަވެސް، "ސްކްރީން ޑިޕެންޑެންސީ ޑިސްއޯޑާ"ގެ ޝިކާރައަކަށް އެކުދިން ވުމުން ސަލާމަތްކުރުމަށް އެއީ މުހިންމު ކަމެއް ކަމަށްވެސް ޑރ. އަފީފް ވިދާޅުވެފައިވެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ގެއްލުމުގެ ނިސްބަތް އެންމެ ބޮޑީ ސްމާޓް ފޯނާއި ޓެބްލެޓްގެ ސްކްރީނުންނެވެ. ދެން ކޮމްޕިއުޓަރު ސްކްރީނެވެ. ސްކްރީން ބޭނުން ކުރާ މީހާގެ މޫނާއި ސްކްރީނާ ދެމެދު ހުންނަ ދުރުމިން ކުޑަވި ވަރަކަށް ސްކްރީނުން ލިބޭ ގެއްލުން ބޮޑެވެ. ސްމާޓް ފޯނާއި ޓެބްލެޓުގެ ނުރައްކާތެރިކަން ބޮޑުވަނީ މޫނާއި ވަރަށް ކައިރިކޮށްގެން ސްކްރީން ބޭނުން ކުރާތީއެވެ. މީގެ ސަބަބުން ލޮލުގެ ފެނުމަށް ވެސް ބޮޑެތި މައްސަލަތައް ކުރިމަތިވެ، ވަރަށް އަވަހަށް ލޮލުގެ ނަންބަރު ބަދަލުވަމުންދާކަން ވެސް ފާހަގަ ކުރެއްވޭ ކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ. ގިނައިން ސްކްރީން ބޭނުން ކުރާ މީހުންނަށް ފަލަބަލީގެ ނުރައްކަލާއި ޑިޕްރެޝަންގެ ނުރައްކާ ބޮޑު ކަމަށް "ރޯޔަލް ކޮލެޖް އޮފް ޕީޑިއޭޓްރިކްސް އެންޑް ޗައިލްޑް ހެލްތު" އިން ކުރި ދިރާސާއަކުން ވަނީ ފާހަގަ ކުރެވިފައެވެ. އެހެންނަމަވެސް މި މައްސަލަ ކުރިމަތި ވަނީ ސްކްރީން ބޭނުން ކުރުމުން ތޯ ނުވަތަ ސްކްރީން ބޭނުން ކުރަނީ މި މައްސަލަތައް ހުންނަ މީހުން ތޯ މިއީ އަދި ވަކީން ދިރާސާކޮށް ބަލާން ޖެހޭ ކަމެއް ކަމަށް އެ ކޮލެޖުން ބުނެއެވެ. ކުޑަކުދީންނާއި ތުއްތުކުދީންގެ ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއަކުން ކުރި ދިރާސާއެއްގައި ބުނާ ގޮތުން ސްކްރީން ބޭނުން ކުރާ ކުދީންނަށް "ރަނގަޅަކަށް ނުހޭލެވެއެވެ." ސްކްރީންގެ ވަގުތަކީ ހުވަފެނެއްގެ ތެރޭގައި ހޭދަ ކުރާ ކަހަލަ ވަގުތެއް ކަމަށް އެ ފަރާތުން ސިފަ ކުރެއެވެ. "އަތްލެވުމާއި ވަސް ދުވުމާއި ރަހަބެލުން، މިއީ ދިރިއުޅޭ ވެށްޓާ އެންމެ ބޮޑަށް ގުޅުވައިދޭ ހިއްސުތައް. ރީތި މަލެއް ސްކްރީނުން މި ފެންނަނީ އެކަމަކު އެ މަލުގެ ވަހެއް ނުދުވާ. ދެން ކިހިނެއް އެ މާ، އެ މަލުގެ ގޮތުގައި ސިކުނޑީގައި ރެކޯޑު ކުރެވޭނީ." ސްކްރީން ބޭނުން ކުރުމުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކާ މެދު ވާހަކަ ދައްކަމުން ނަފްސާނީ ބަލިތަކަށް ހާއްސަ ޑޮކްޓަރަކު ވިދާޅުވިއެވެ. ދަރިފުޅުގެ ސްކްރީން ވަގުތު ވާން ޖެހޭނީ: - ކަނޑައެޅިފައި ހުންނަ ވަގުތުތަކަކަށެވެ. - އަދި އާއިލީ އެއްވެސް ހަރަކާތަކަށް ސްކްރީން ހުރަސް އަޅައިގެން ނުވާނެއެވެ. - ހަމައެހެންމެ ނިދާ ގަޑިއަށް ބަދަލު ގެންނަ އެއްޗަކަށް ސްކްރީން ވެގެން ނުވާނެއެވެ. - އަދި ހޭލާ ގޮތަށް ސްކްރީން ބޭނުން ކޮށްގެން ނުވާނެއެވެ. - އަދި ކާ ގަޑީގައި ވެސް ސްކްރީން ބޭނުން ކޮށްގެން ނުވާނެއެވެ. ކާ ގަޑީގައި ސްކްރީން ބޭނުން ކުރުން ރަނގަޅެއް ނޫން ކާގަޑީގައި ސްކްރީން ބޭނުން ކުރުމަކީ ރަހަލުމުގެ އިހްސާސްގެ ޒަރީއާއިން ސިކުނޑިއަށް ލިބޭން ޖެހޭ "ހުޅުވުން" ލިބުމަށް ހުރަސްއަޅާ ކަމެކެވެ. އިނގިރޭސިވިލާތުގެ "ރޯޔަލް ކޮލެޖް އޮފް ޕީޑިއޭޓްރިކްސް އެންޑް ޗައިލްޑް ހެލްތު"ގެ ރައީސް ރަސެލް ވިނަރ ވިދާޅުވާ ގޮތުގައި "ސްކްރީނަކީ މި ޒަމާނުގެ ހަޔާތުގެ އެއް ބަޔަށް މި ވަނީ ވެފައި. ޖިންނި ވަނީ ފުޅީން ނުކުމެފައި. ދެން އަހަރެމެންނަށް އަނބުރައި އޭތި ފުޅިއަކަށް ނުލެވޭނެ." އެވެ. އުމުރުން 14 އަހަރުގެ ފިރިހެންކުއްޖެއްގެ މަންމަ ބުނި ގޮތުގައި، "ސްކްރީންގެ ސަބަބުން އަހަރެންގެ ދަރިފުޅުގެ ސްކޫލް ޕާފޯމަންސް ދަށްވި. ކުޅިވަރުގެ ޕާފޯމަންސް ދަށްވި. ވަރަށް ބޮޑަށް ދެވި ހިފާ އެއްޗެއް ސްކްރީނަކީ. ސްކްރީން ބޭނުން ކުރާ ދުވަސްވަރު މީހުންނާ މުއާމަލާތް ކުރުން މަދު. އަދި މީހުންނާ ވާހަކަދައްކާ ގަޑީގައި ވަރަށް ކުދިކުދި ކަންތަކާ ރުޅިގަދަވެ ހަޅޭއްލަވާ. އެހެންނަމަވެސް ސްކްރީން ބޭނުން ކުރުން ހުއްޓާލައި، މީހުންނާ އެކު އުޅޭން ފެށުމުން މަޑުމަޑުން ރަނގަޅުވަމުން ގޮސް ހަމަޔަކަށް އެޅޭ." ކަމަށެވެ. ބެލެނިވެރިއެއް އަދި ދިރާސާވެރިއެއް ކަމަށް ވާ ލީލާ ޕްރެސްޓަން ވިދާޅުވަނީ، "ހަމަ އެކަނި މައްސަލައަކީ ސްކްރީނަށް ދެވޭ ވަގުތެއް ނޫން. ސްކްރީނުން ބަލަނީ ކޮންއެއްޗެއްތޯ ވެސް އެބަ ޖެހޭ ވިސްނަން. ކުއްޖާ ރުޅިގަދަ ވުމާއި މީހުންނަށް އަނިޔާ ކޮށް ތަޅައި ފޮޅުމުގެ އާދަތައް އަށަގަންނަނީ ސްކްރީނުން ބަލާ އެއްޗެއްގެ ސަބަބުން. ވީޑިއޯއާއި ގޭމްތަކުން ފެންނަ މަންޒަރުތަކުން ވެސް ނުރަނގަޅު އަސަރުކުރޭ. މީހުން މަރާ މަންޒަރު ފެންނަ ވީޑިއޯއާއި މީހުން މެރުމުން ޕޮއިންޓް ލިބޭ ގޭމް ކުލޭ ކުދީން ފަހުން ބޮޑެތި ވެގެން ސީރިއަލް ކިލަރސްއަށް ވެފައި އެބަ ހުރި." ކަމަށެވެ. ސްކްރީނުން ދަރިފުޅުގެ އުމުރާ ނުގުޅޭ ތަކެތި ފެންނާތީ އެކަމާ ބެހޭ ގޮތުން ވާހަކަ ދެއްކި ބެލެނިވެރިއަކު ބުނީ، "ދަރިފުޅު މިދަނީ އެއް ލިންކުން އަނެއް ލިންކަށް ވަންނަމުން. އެހެން ގޮސް ކޮންމެ ފަދަ އެއްޗެއް ވެސް ބަލާފާނެ. ސޮފްޓްވެއަރ ބޭނުންކޮށްގެން ކޮންޓްރޯލް ކުރާއިރު ވެސް، ގިނަފަހަރު މި ކޮންޓްރޯލް ކުރެވެނީ އެ ވީޑިއޯއެއްގެ ސުރުހީގައި ހުންނަ ލަފްޒުތަކެއްގެ މައްޗަށް. ވީޑިއޯގެ ތެރެއިން ދައްކާ ވާހަކަ އާއި ފެންނަ މަންޒަރާ މާ ބޮޑަށް ނުގުޅޭ ސުރުހީއަކަށް ވުމުގެ ސަބަބުން ވަރަށް ގޯސް އެއްޗެހި ވެސް ކޮންޓްރޯލް ނުވެ ހުރެދާނެ." ކަމަށެވެ. ދަރިފުޅު ކުރިމަތީގައި އަބަދު މައިންބަފައިން ނުވަތަ އާއިލާގެ ބޮޑެތި މީހުން ސްކްރީން ބޭނުން ކުރުމަކީ ވެސް ދަރިފުޅަށް އޭގެ ނުރަނގަޅު އަސަރު ކުރާނެ ކަމެކެވެ. މި ގޮތުން މަންމަ ނުވަތަ ބައްޕަ ދަރިފުޅުގެ ކުރިމަތީގައި އަބަދު ސްމާޓް ފޯނުގެ ސްކްރީންގައި އިނގިލި ޖައްސާލަ ޖައްސާލަ ހުންނަ މަންޒަރު ފެންނަ ނަމަ، ދަރިފުޅުވެސް ސްކްރީން ބޭނުން ކުރަން ބޭނުންވާނެއެވެ. ތިމާގެ ލޯބިވާ ދަރިފުޅުގެ ކުރިމަގު ބަނަވިޔަ ނުދިނުމަށް ޓަކައި ލަސްނުކޮށް މިހާރުން މިހާރަށް ފިޔަވަޅު އެޅުން މުހިންމެވެ. ހަމަ އެކަނި ސްކްރީން ނުދެއްކުމަކުން ނިމުނީއެއް ނޫނެވެ. ސްކްރީން ދެއްކުން ހުއްޓައިލުމުގެ އިތުރުން، ދަރިފުޅާ އެކު ގިނަ ވަގުތު ހޭދަ ކުރުން މުހިންމެވެ. ދަރިފުޅާ އެކު ކުޅުމާއި، ދަރިފުޅަށް ވާހަކަ ކިޔައި ދިނުމާއި، ތަފާތު މައުލޫތަކާ ގުޅޭ މައުލޫމާތު ދަރިފުޅަށް ކިޔައިދިނުމާއި ދަރިފުޅަށް ފޮތް ކިޔައި ދިނުމާއި ދަރިފުޅު ގޮވައިގެން ތަންތަނަށް ދިއުމަކީ ދަރިފުޅުގެ ސިކުނޑި ހުޅުވި ތަރައްގީވުމަށް އެހީތެރިވެދޭނެ ކަންކަމެވެ.
އަމިއްލަ އިހުތިޔާރު އޮވެމެ ލޯބިވާ ދަރިފުޅު މޮޔައަކަށް ހަދާން ތަ ބޭނުމީ؟
ރާއްޖެ އިން އިޢާދަކުރަނިވި ޙަކަތަ އުފެއްދުމަށް އަމާޒުހިފާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އަބޫދާބީގެ ވަލީ އަޙުދު އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑާ އޮފް އާމްޑް ފޯސަސް، ހިޒް ހައިނެސް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދަޢުވަތަކަށް، އެ ގައުމަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް، ޔޫއޭއީގެ މިނިސްޓަރު އޮފް އެނާޖީ އެންޑް އިންޑަސްޓްރީ ޞުޙައިލް މުޙައްމަދު ފަރަޖް އަލް މަރްޒޫޢީ ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ވާހަކަފުޅުދައްކަވަމުން ކަމަށް ރައީސް އޮފީހުން ނެެރުނު ބަޔާނެއްގައި ބުންޏެވެ. އިއްޔެގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ޔޫއޭއީގެ އެނާޖީ މިނިސްޓަރު ވިދާޅުވީ އިޢާދަކުރަނިވި ޙަކަތަ އުފެއްދުމަށް ޝަޢުގުވެރިވާ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޢާދަކުރަނިވި ހަކަތަ އުފެއްދުމަށް ކުރާ މަސައްކަތްތަކުގައި ޔޫއޭއީގެ އެހީތެރިކަން މިހާރު ވެސް ފޯރުކޮށްދެއްވަމުން ގެންދަވާ ކަމުގައި ވިދާޅުވި އެވެ. އެމަނިކުފާނު ވަނީ އިޢާދަކުރަނިވި ޙަކަތަ ބޭނުންކޮށްގެން އުފައްދާ ކަރަންޓުގެ އަގު ފާއިތުވި އަހަރުތަކުގައި ހެޔޮވަމުން އަންނަކަން ފާހަގަކުރައްވައިފަ އެވެ. ޔޫއޭއީގެ އެނާޖީ މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖޭގައި އިޢާދަކުރަނިވި ޙަކަތަ އުފެއްދުމަށް ކުރާ މަސައްކަތް ކާމިޔާބު ވާނެކަމުގެ އުންމީދު އެބައޮތްކަމަށް ވިދާޅުވެ، އެ ގައުމުން މިކަމަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ދެއްވައިފަ އެވެ.
ރާއްޖެ އިން އަމާޒުހިފާފައިވާ ވަނީ އިޔާދަ ކުރުވަނިވި ހަކަތައާ ދިމާއަށް: ރައީސް
ދިވެހި ފިލްމު އިންޑަސްޓްރީގައި 21 އަހަރު ވަންދެން މަސައްކަތްކޮށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ނިއުމާ މުހައްމަދު ސްކްރީނަށް އަލްވަދާއު ކިޔާ ފިލްމު "ނިވައިރޯޅި" ނ. މަނަދޫގައި ޕްރިމިއާކުރުމަށް ފިލްމުގެ މުހިއްމު ތަރިންތަކެއް އެރަށަށް ދިޔުމަށް ހަމަޖެހިއްޖެ އެވެ. ފިލްމު މި މަހު 17 ވަނަ ދުވަހުގެ ރޭ އެ ރަށުގައި ޕްރިމިއާކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ފިލްމުގައި ހަރަކާތެރިވި ލީޑު ތަރި ނިއުމާ މުހައްމަދު ޕްރިމިއާ އިވެންޓުގައި ބައިވެރިވާއިރު ޒީނަތު، އަޒްމީލް، ޖުމައިހު، ރިޝްފާ އަދި ނުޒުހަތު ވެސް ބައިވެރިވާނެއެވެ. މަނަދޫ ވިލަރޭ ކުލަބުގައި ފިލްމު އަޅުވާއިރު ފިލްމުގެ ޓިކެޓް ކޮމްބަސް ފިހާރައިން ލިބެން ހުންނާނެ އެވެ. ފިލްމުގެ ތަރިންނަކީ ޔޫސުފް ޝަފީއު (ޔޫއްޕެ)، ފާތިމަތު ޒީނަތު (ޒީތު)، ނިއުމާ މުހައްމަދު، އަމިނަތު ރިޝްފާ، އަހްމަދު ޒިޔާ، އަހްމަދު ސައީދު، މަރިޔަމް ޝަކީލާ، މަރިޔަމް ހަލީމް، އަމިނަތު ރަޝީދާ (އައިންތު)، އަހްމަދު އަޒްމީލް (އަޒޭ)، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހްމަދު އާސިފް، އިސްމާއިލް ޒާހިރު، އާމިނަތު އިޝާލް ރަޝީދު އަދި އަޖްނާޒް އަލީއެވެ.
"ނިވައިރޯޅި": މަނަދޫގައި ބާއްވާ ޕްރިމިއާއަށް ގިނަ ތަރިންތަކެއް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޔޫއޭއީގައި ތިބި ދިވެހިންނާ ބައްދަލު ކުރައްވައިފި އެވެ. މިހާރު ޔޫއޭއީ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޔޫއޭއީގައި ތިބި ދިވެހިންނާ ބައްދަލުކޮށް ރައީސް ސޯލިހް ވިދާޅުވީ، ރަނގަޅު ތައުލީމާއި ތަމްރީނު ހޯދައިގެން ނުކުންނަ ދިވެހީންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ މަތީ ވަޒީފާތައް ލިބުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. "އެމިރޭޓްސްގައި ގިނަ އަދަދެއްގެ ދިވެހި ފަންނުވެރިން ވަޒީފާ އަދާކުރާ ކުރުމުން ދައްކުވައިދެނީ، ރަނގަޅު ތަޢުލީމާއި ތަމްރީނު ހޯދައިގެން ނުކުންނަ ދިވެހީންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ މަތީ ވަޒީފާތައް ލިބުމުގެ ފުރުޞަތު އޮތްކަން،" ޔޫއޭއީ ގައި ތިބި ދިވެހިންނާ މިރޭ ބައްދަލުކޮށް ރައީސް ސޯލިހް ވިދާޅުވިއެވެ. ޔޫއޭއީގައި ތަފާތު އެކި ދާއިރާތަކުގައި ދިވެހީން ވަޒީފާ އާދަކުރރަމުންދާ ކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ، ބައިނަލްއަޤްވާމީ އެފަދަ ވަޒީފާތަކުގައި ހަރަކާތްތެރި ވުމަށްޓަކައި ބޭނުންވަނީ ކެރުމާއި ހިތްވަރާއެކު ގަދައަޅައި މަސައްކަތް ކުރުން ކަމަށެވެ. ރައީސް ސޯލިހްގެ ވާހަކަފުޅުގައި ހާރިޖީ ސިޔާސަތުގެ މައްޗަށް ވަނީ އަލިއަޅުއްވައިލެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ރައީސްކަމުގެ މަޤާމާ ހަވާލުވެވަޑައިގެންނެވިއިރު، ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ރާއްޖެ އޮތީ ވަރަށް ބޮޑަށް އެކަހެރިވެގެން ކަމަށެވެ. ނަމަވެސް، މި ސަރުކާރުގެ ސިޔާސަތަކީ ޤާނޫނީ ހަމަތަކާއި ބައިނަލްއަޤްވާމީ މުޢާހަދާތަކާއި، ހަމަޔާއި އިންޞާފަށް ބޯލަނބާ ކޮންމެ ޤައުމަކާއެކު ގުޅުން ދެމެހެއްޓުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން، ދިވެހީންނަށް 30 ދުވަހުގެ އޮންއެރައިވަލް ވިސާ ޔޫއޭއީގެ ސަރުކާރުން ހަމަޖައްސަވައިދެއްވުމުން އެކަން ފާހަގަކޮށް، ރައީސް ސޯލިހް ޔޫއޭއީގެ ސަރުކާރަށް ޝުކުރު އަދާ ކުރެއްވިއެވެ. މީގެ އިތުރުން ގަލްފުގެ އެހެން ގައުމުތަކުންވެސް އެ ލުއިފަސޭހަކަން ލިބޭތޯ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ސޯލިހް އެ ގައުމަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެގައުމުގެ ވަލީއަހުދާ ބައްދަލުކޮށް ތަފާތު އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރައްވާފައެވެ. އަދި އޭގެ އިތުރުން އެމަނިކުފާނު ވަނީ، މިއަދު އެ ގައުމުގެ ފޮރިން މިނިސްޓަރާ ބައްދަލުކޮށް ހަތަރު ދާއިރާ އަކުން ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ. ހަތަރު ދާއިރާ އަކުން ޔޫއޭއީ އާއެކު ގުޅުން ބަދަހި ކުރުމަށް މަޝްވަރާކޮށްފި އިތުރަށް ވިދާޅުވުމަށް ހަތަރު ދުވަހުގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ "ޒައިދް ސަސްޓެއިނަބިލިޓީ ޕަރައިޒް" އެވޯޑް ހަފްލާ އާއި އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް 2019 ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ. ޔޫއޭއީގެ ވަލީއަހުދާ ރައީސް ސޯލިހް ބައްދަލު ކުރައްވައިފި އިތުރަށް ވިދާޅުވުމަށް
ރައީސް ސޯލިހް ޔޫއޭއީގައި ތިބި ދިވެހިންނާ ބައްދަލު ކުރައްވައިފި
ރައީސް ސޯލިހް ޔޫއޭއީގެ ވަލީއަހުދު އަދި ޑެޕިޔުޓީ ސުޕްރީމް ކޮމާންޑާ އޮފް ދި އާމްޑް ފޯސަސް ޝެއިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާން އާ ބައްދަލުކުރައްވައިފި އެވެ. މި މަޝްވަރާތައް އޮތީ، މިއަދު އަބޫދާބީގައި ބޭއްވި ޒައިދު ސަސްޓެއިނެބިލިޓީ އެވޯޑް ހަފުލާގެ ކުރިން ދެ ބޭފުޅުން ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ. މި ބައްދަލު ކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ތަފާތު އެކި ދާއިރާތަކުން ދެގައުމު ދެމެދުގައި އިތުރަށް ގުޅުން ބަދަހި ކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ޔޫއޭއީ އިން އަބަދުވެސް ރާއްޖެއަށް އެކިއެކި ދާއިރާތަކުން އެހީތެރިކަން ފޯރު ކޮށްދެމުން ގެންދަވާނެ ކަމުގެ ޔަޤީންކަން އެ ޤައުމުގެ ވަލީއަހުދު ރައީސް ސޯލިހް އަށް ދެއްވިއެވެ. އަދި ހާއްސަ ގޮތެއްގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖެއާއެކު ގުޅުން ބަދަހިކުރުމުގެ ޝައުޤުވެރިކަން ޔޫއޭއީގެ ވަލީއަހުދު ފާޅު ކުރެއްވިއެވެ. ރައީސް ސޯލިހް މިއަދު އެ ގައުމުގެ ވަލީ އަހުދު އާ ބައްދަލު ކުރެއްވި އިރު، މިއަދު އެމަނިކުފާނު ވަނީ އެ ގައުމުގެ ފޮރިން މިނިސްޓަރާ ބައްދަލުކޮށް ހަތަރު ދާއިރާ އަކުން ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. ރައީސް ސޯލިހް އެ ގައުމަށް ކުރައްވަމުން ގެންދަވާ ހަތަރު ދުވަހުގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ "ޒައިދް ސަސްޓެއިނަބިލިޓީ ޕަރައިޒް" އެވޯޑް ހަފްލާ އާއި އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް 2019 ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ.
ޔޫއޭއީގެ ވަލީއަހުދާ ރައީސް ސޯލިހް ބައްދަލު ކުރައްވައިފި
ހަތަރު ދާއިރާއަކުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ރާއްޖެއާ މެދު ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރައްވައިފި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާރު ޔޫއޭއީ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ފޮރިން އެފެއާޒް އެންޑް އިންޓަނޭޝަނަލް ކޯޕަރޭޝަން މިނިސްޓަރު ޝެއިޚް އަބްދުﷲ ބިން އަލް ނަހްޔާން އާ މިއަދު ވަނީ ބައްދަލު ކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި ޔުއޭއީގެ ފޮރިން މިނިސްޓަރު ވަނީ ރާއްޖެއާ ޔޫއޭއީއާ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އެގޮތުން އެނާ ވަނީ، ފަތުރުވެރިކަމާއި، އިމާރާތްކުރުމާއި، އިޔާދަކުރަނިވި ހަކަތަ އުފެއްދުމާ އަދި ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާމެދު ރައީސް ސޯލިހް އާ މަޝްވަރާ ކުރައްވާފައެވެ. ޔޫއޭއީގެ ފޮރިން މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވީ ރާއްޖެއަކީ ތިމާވެއްޓަށް އަންނަ ބަދަލުތަކާބެހޭގޮތުން އަޑު އުފުލާ ގައުމެއްކަމަށެވެ. އަދި މިކަން އިތުރަށް ވަރުގަދަކުރުމަށްޓަކައި ރާއްޖެއިން ދޫކުރާ ކާބަންޑައިއޮކްސައިޑް މަދުކުރުން މުހިންމުކަމުގައި އެނާ ފާހަގަކުރެއްވިއެވެ. ޔޫއޭއީގެ ފޮރިން މިނިސްޓާރާ ބައްދަލުކުރައްވައި ރައީސް ސޯލިހް ވިދާޅުވީ، ޒައިދު ސަސްޓެއިންބިލިޓީ އެވޯޑް ހަފްލާގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ބޮޑު ޝަރަފެއްކަމަށާއި ސަސްޓެއިނަބިލިޓީ އެވޯޑްސް ހަފްލާގައި ދައްކާލާފައިވާ ޕްރޮޖެކްޓުތަކުން ރާއްޖެއަށް ފައިދާހުރި ފިލާވަޅުތަކެއް ލިބިގެން ދާނެ ކަމަށެވެ. އަދި 2015 ވަނަ އަހަރު އައްޑޫ ހައި ސްކޫލުން ޒައިދު ފިއުޗާ އެނާޖީ ޕްރައިޒް ހާސިލުކޮށްފައިވާކަން މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ފާހަގަ ކުރެއްވިއެވެ. ރޭ އަބޫދާބީ އަށް ރައީސް ސޯލިހް ވަޑައިގެންނެވީ، "ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑްސް" އަދި "އިނޯގްރޭޝަން އޮފް ދަ އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް" ޙަފްލާގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމުގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑާ އޮފް އާމްޑް ފޯސަސް، މުހައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދަޢުވަތަކަށެވެ.
ހަތަރު ދާއިރާ އަކުން ޔޫއޭއީ އާއެކު ގުޅުން ބަދަހި ކުރުމަށް މަޝްވަރާކޮށްފި
ރާއްޖެއިން އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ކުރާ މަސައްކަތް ކާމިޔާބުވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ އެނާޖީ އެންޑް އިންޑަސްޓަރީ މިނިސްޓަރު ސުހައިލް މުހައްމަދު ފަރަޖް އަލް މަރްޒޫއީ ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މަރްޒޫއީ މިހެން ވިދާޅުވީ، މިހާރު ރައީސް ސޯލިހް އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެ ބޭފުޅުން މިއަދު ކުރެއްވި ބައްދަލުވުމުގެ ތެރެންނެވެ. މިއަދު ރައީސް ސޯލިހްއާ ބައްދަލު ކުރައްވައި މަރްޒޫއީ ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ކުރާ މަސައްކަތް ތަކުގައި އެގަމުގެ ފަރާތުން އެހީތެރިކަން މިހާރުވެސް ފޯރުކޮށްދެއްވަމުން ގެންދަވާ ކަމަށާއި ރާއްޖޭގެ ފަރާތުން އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ކުރާ މަސައްކަތުގައި އެ ގައުމުގެ ފަރާތުން އެއްބާރުލުން ދެއްވާނެ ކަމަށެވެ. މަރުޒޫއީ ވިދާޅުވި ގޮތުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އުފައްދާ ކަރަންޓުގެ އަގު ފާއިތުވި އަހަރުތަކުގައި ހެޔޮވަމުން އަންނަ ކަމަށެވެ. ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ރާއްޖެއިން އާމާޒުހިފާފައިވާ ކަމަށެވެ. ރޭ އަބޫދާބީ އަށް ރައީސް ސޯލިހް ވަޑައިގެންނެވީ، "ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑްސް" އަދި "އިނޯގްރޭޝަން އޮފް ދަ އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް" ޙަފްލާގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމުގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑާ އޮފް އާމްޑް ފޯސަސް، މުހައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދައުވަތަކަށެވެ.
ރާއްޖެއިން އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ކުރާ މަސައްކަތުގައި އުންމީދު އެބައޮތް: ޔޫއޭއީ
ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އަށް އާ ސީޕްލޭނެއް ގެނެސް، އެ އެއާލައިނުގެ ފްލީޓަށް 52 އެއާކްރާފްޓު ހަމަކޮށްފިއެވެ. ޓީއެމްއޭއިން ބުނި ގޮތުގައި އެ އެއާލައިނުގެ ފްލީޓާ ގުޅުނު 52 ވަނަ ބޯޓު ރާއްޖެ އައީ ސްވިޓްޒަލެންޑުން ފުރައިގެންނެވެ. އެ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައިވަނީ މިއަދު ހެނދުނު 11:30 އެހައިކަންހާއިރުއެވެ. ޓީއެމްއޭގެ 52 ވަނަ ބޯޓުގެ ލިވަރީ ނުވަތަ ބޯޓުގެ ބޭރުގައި ވަނީ ފޯ ސީޒަންސް މޯލްޑިވްސްގެ ޑިޒައިނާއި ލޯގޯއެވެ. ޓީއެމްއޭއިން ބުނީ މި އެއާކްރާފްޓުގެ ވެރިފަރާތަކީ ފޯ ސީޒަންސް ކަމަށާއި، އެ އެއާކްރާފްޓު ހާއްސަކޮށްފައި ވަނީ ފޯ ސީޒަންސްގެ ޕްރޮޕަޓީތަކަށް ފަސިންޖަރުން އުފުލުމަށް ކަމަށެވެ. "އެ ރިސޯޓުގެ ފަރާތުން މި އެއާކްރާފްޓު އޮޕަރޭޓުކޮށް ބަލަހައްޓާނީ ޓީއެމްއޭއިން،" އެ އެއާލައިނުން ބުންޏެވެ. ފޯ ސީޒަންސްގެ ދެ ރިސޯޓެއް ރާއްޖޭގައި އޮވެއެވެ. އެއީ ކ. ކުޑަހުރާގައި ހުންނަ ފޯ ސީޒަންސް މޯލްޑިވްސް ރިސޯޓް އެޓް ކުޑަހުރާ، އަދި ބ. ލަނޑާގިރާވަރުގައި ހިންގާ ފޯ ސީޒަންސް މޯލްޑިވްސް ރިސޯޓް އެޓް ލަނޑާ ގިރާވަރެވެ. މި ދެ ރިސޯޓަށްވެސް ޓީއެމްއޭއިން އޮޕަރޭޓުކުރެއެވެ. ފޯ ސީޒަންސްގެ އިތުރުން ބައެއް އެހެން ރިސޯޓުތަކުން ބްރޭންޑުކޮށްފައިވާ އެއާކްރާފްޓުތައްވެސް ޓީއެމްއޭގެ ސީޕްލޭން ފްލީޓުގައި ހިމެނެއެވެ. ޖުމްލަ 52 އެއާކްރާފްޓާ އެކު ޓީއެމްއޭއަކީ މުޅި ދުނިޔޭގައިވެސް އެންމެ ބޮޑު ސީޕްލޭން ފްލީޓު އޮތް އެއާލައިނެވެ. އަދި މުޅި ދުނިޔޭގެވެސް އެންމެ ބޮޑު ސީޕްލޭން ނެޓްވޯކެވެ.
ޓީއެމްއޭއަށް 52 ވަނަ ސީޕްލޭން ގެނެސްފި
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް "ޒައިދް ސަސްޓެއިނަބިލިޓީ ޕަރައިޒް" އެވޯޑް ހަފްލާގައި ބައިވެރިވެވަޑައިގެންފިއެވެ. މި އެވޯޑް ހަފްލާއަކީ އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް 2019 ގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ކުރިޔަށްދިޔަ ހަރަކާތެކެވެ. ރައީސް ސޯލިހް ވަނީ މި ހަފްލާގައި ބައިވެރިވެ، ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް ހާސިލު ކުރެއްވި 10 ފަރާތުގެ ތެރެއިން ބޭފުޅަކަށް އެވޯޑް ދެއްވާފައެވެ. މިއީ މި އެވޯޑް ދެއްވާ 11 ވަނަ ފަހަރެވެ. ރައީސް ސޯލިހްގެ ޔޫއޭއީ އަށް ކުރައްވަމުން ގެންދަވާ ހަތަރު ދުވަހުގެ ދަތުރުފުޅަކީ އެ އެވޯޑްގައި ބައިވެރިވުމަށާއި ސަސްޓެއިންބިލިޓީ ވީކް 2019 އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އެ ގައުމުގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑާ އޮފް އާމްޑް ފޯސަސް، މުހައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދިން ދައުވަތެކެވެ. އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް ގެ ނަމުގައި ހިންގާ މި ހަރަކާތަކީ ކޮންމެ އަހަރަކު މެދުއިރުމަތީގައި ބާއްވާ އެންމެ ބޮޑު އެއް އެއްވުމެވެ. މި ދަތުރުފުޅަށް ފަހު ރައީސް ސޯލިހް އެނބުރި މާލެ ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހުއެވެ.
ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް ހަފްލާގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގެންފި
އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް އެންވަޔަރަންމަންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަތީން ހަމަޖައްސަވައިފި އެވެ. ކުރީން އެ މަގާމުގައި ހުންނެވީ މުހައްމަދު ހުސައިން ޝަރީފު (މުންދު) އެވެ. މުންދު ވަނީ އެ ޕާޓީގެ ސެކްޓްރީ ޖެނެލްގެ މަގާމުން އިސްތިއުފާ ދެއްވައި އަލަށް އުފައްދާ ޕީޕަލްސް ނޭޝަލް ކޮންގްރެސް ޕާޓީ އަށް ސޮއިކުރައްވައިފަ އެވެ. މަތީން ޕީޕީއެމްގެ އާ ސެކެޓްރީ ކަމަށް އިންތިހާބު ކުރީ މިހާރު ހ. ހުރަފަ، ޕާޓީ އޮފީހުގައި ހިނގަމުންދާ ހާއްސަ ކައުންސިލް ބައްދަލުވުމުގައި އެވެ. PPM is holding a very special Council meeting chaired by Party President Yamin Abdul Qayoom at PPM HQ at Male’. H. Hurafa 2nd floor. pic.twitter.com/TADJu8Dria — Ahmed Nihan (@ahmed_nihan) January 14, 2019 ޕީޕީއެމް އިން ހާއްސަ ކައުންސިލް ބައްދަލުވުމެއް ކުރިޔަށް މި ދަނީ، އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ އާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ރަޖިސްޓަރީ ކުރުމަށް ޕީޕީއެމްގެ ހަރަކާތްތައް މެދު ކަނޑަލައިފައި ވަނިކޮށެވެ. ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދި މިހާރު ކޮންގްރެސް ޕާޓީގެ މުއައްސިސް، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވަނީ މިދިޔަ ބުދަ ދުވަހު ކޮންގްރެސް ޕާޓީ ރަޖިސްޓްރީ ކުރުމަށް 4،000 މެމްބާޝިޕް ފޯމް އިލެކްޝަންސް ކޮމިޝަން އަށް ހުށަހަޅުއްވައިފަ އެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރެލް އަކަށް މަތީން ހަމަޖައްސަވައިފި
ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރެއްވޭނެ ގޮތް ހެދުމަށް ގާނޫނަށް އިސްލާހު ހުށަހަޅަން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ނިންމެވީ ޕާލަމެންޓްރީ ގްރޫޕާ މަޝްވަރާ ކުރުމެއް ނެތި ކަމަށް ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ. ރައީސްކަން ކޮށްފައި ތިއްބެވި ބޭފުޅުން މަޖިލީހަށް ކުރިމަތި ނުލެވޭ ގޮތަށް އިސްލާހު ހުށަހަޅާން ނިންމާފައިވާކަމަށާއި އެ އިސްލާހު މާދަމާ މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ލަތީފް ވަނީ މިރޭ "ސަން" އަށް ވިދާޅުވެފައެވެ. އެކަމާ ގުޅޭގޮތުން ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު ރިޔާޒު މިރޭ "ސަން" އަށް ވިދާޅުވީ އެ އިސްލާހަކީ އެ ޕާޓީއާ މަޝްވަރާ ކޮށްގެން ލަތީފު ހުށަހަޅުއްވަން އުޅޭ އިސްލާހެއް ނޫން ކަމަށެވެ. އެ އިސްލާހަށް ޖުމްހޫރީ ޕާޓީ އިން ތާއީދު ކުރައްވާނަންތޯ އެއްސެވުމުން ރިޔާޒު ވިދާޅުވީ، އެކަމާ ގުޅޭ ގޮތުން މަޝްވަރާ ނުކުރައްވާ ކަމަށެވެ. ލަތީފު ވިދާޅުވީ، އެެ އިސްލާހު ހުށަހަޅުއްވަނީ އެއީ ކުރީގެ ރައީސުންށް ދައުލަތުން މިހާރުވެސް ޚަރަދު ކުރަމުންދާތީ ކަމަށެވެ. އަދި ޝަރަފާ އެކު ގައުމަށް ހިދުމަތް ކުރެއްވި ބަޔަކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށްވުރެ ދަށް މަގާމަކަށް ކުރިމަތި ލުމަށް އޭނާ ބޭނުންނުވުމަކީ އެ އިސްލާހު ހުށަހަޅުއްވަން ނިންމެވި ސަބަބެއް ކަމަށް ލަތީފް ވިދާޅުވިއެވެ. https://www.sun.mv/113997 ލަތީފު އެފަދަ އިސްލާހެއް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ އިރު، ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ޓިކެޓްގައި 19 ވަނަ ރައްޔިތުން މަޖިލީހުގެ މައްޗަންގޯޅި މެދު ދާއިރާއަށް ކުރިމަތިލެއްވުމަށް ރައީސް ނަޝީދު ދަނީ އެޕާޓީ ޕްރައިމަރީގައި ވާދަކޮށް ކެމްޕެއިން ކުރައްވަމުންނެވެ. މީގެ އިތުރުން ރައީސް ޔާމީން މަޖިލީހަށް ކުރިމަތިލައްވާނެ ކަމާ މެދު އަދި ގޮތެއް ނުނިންމަވައެވެ. އެމަނިކުފާނު ވިދާޅުވަނީ ވަގުތު ޖެހުމުން ވާދަ ކުރައްވާނެ ކަމާމެދު ގޮތެއް ނިންމަވާނެ ކަމަށެވެ.
ލަތީފް އިސްލާހު ހުށަހަޅަން އުޅެނީ ޕާޓީއާ މަޝްވަރާނުކޮށް: އަބްދުﷲ ރިޔާޒު
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ނުލެއްވޭ ގޮތަށް ގާނޫނަށް އިސްލާހެއް ހުށަހެޅުމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ނިންމަވައިފިއެވެ. ލަތީފަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރެކެވެ. އެ އިސްލާހު މާދަމާ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ލަތީފު ވަނީ މިރޭ "ސަން" ކަށަވަރު ކޮށްދީފައެވެ. ލަތީފު ވިދާޅުވީ، އެގޮތަށް އިސްލާހު ހުށަހަޅަނީ އެއީ ދައުލަތުން މިހާރުވެސް އެބޭފުޅުންނަށް ޚަރަދު ކުރަމުންދާތީ ކަމަށެވެ. އަދި ޝަރަފާ އެކު ގައުމަށް ހިދުމަތް ކުރެއްވި ބަޔަކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށްވުރެ ދަށް މަގާމަކަށް ކުރިމަތި ލުމަށް އޭނާ ބޭނުންނުވުމަކީ އެ އިސްލާހު ހުށަހަޅުއްވަން ނިންމެވި ސަބަބެއް ކަމަށް ލަތީފް ވިދާޅުވިއެވެ. "މާތްﷲގެ އިރާދަފުޅުން މި އިސްލާހު ކާމިޔާބު ކުރާނަން،" އިލެކްޝަން ސް ކޮމިޝަނުން މީގެ ކުރިން ގޮނޑި ގެއްލުނު ކަމަށް ނިންމި 12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ލަތީފު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމުގައި ވީނަމަވެސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމުގައި ވީނަމަވެސް އެބޭފުޅުން މަޖިލީހަށް ވަނުމަށް ތާއީދު ނުކުރައްވާ ކަމަށެވެ. ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ޓިކެޓްގައި 19 ވަނަ ރައްޔިތުން މަޖިލީހުގެ މައްޗަންގޯޅި މެދު ދާއިރާއަށް ކުރިމަތިލެއްވުމަށް ރައީސް ނަޝީދު ދަނީ އެޕާޓީ ޕްރައިމަރީގައި ވާދަކޮށް ކެމްޕެއިން ކުރައްވަމުންނެވެ. މީގެ އިތުރުން ރައީސް ޔާމީން މަޖިލީހަށް ކުރިމަތިލައްވާނެ ކަމާ މެދު އަދި ގޮތެއް ނުނިންމަވައެވެ. އެމަނިކުފާނު ވިދާޅުވަނީ ވަގުތު ޖެހުމުން ވާދަ ކުރައްވާނެ ކަމާމެދު ގޮތެއް ނިންމަވާނެ ކަމަށެވެ.
ރައީސްކަން ކޮށްފައިވާ ބޭފުޅުންނަށް މަޖިލީހަށް ކުރިމަތި ނުލެވޭ ގޮތަށް އިސްލާހު ހުށަހަޅަނީ
މަސްގަތް (ޖަނަވަރީ 14) : ތުރުކީގައި ހުންނަ ސައޫދީ ކޮންސިއުލޭޓްގައި އެގައުމުގެ އިދިކޮޅު ނޫސްވެރިޔާ ޖަމާލް އަލްޚާޝުގްޖީ އަވަހާރަކޮށްލި ޖަރީމާގައި ޝާމިލްވާ ފަރާތްތަކަށް ހައްގު އަދަބު ދޭނެކަމުގެ ޔަގީންކަން ސައޫދީ މަސްއޫލުވެރިންގެ ފަރާތުން ލިބުނު ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެ އެވެ. ސައޫދީ އަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށް ފަހު އުމާންގެ ވެރިރަށް މަސްގަތަށް ވަޑައިގެން ދެއްވި ބަޔާނެއްގައި ޕޮމްޕެއޯ ވިދާޅުވީ ޚާޝުގްޖީގެ މަރުގެ މައްސަލާގައި ސައޫދީން ކުރާ ތަހްގީގްތައް ދެފުށް ފެންނަ ގޮތެއްގެ މަތިން ކުރާނެ ކަމާއި އަދި އެކަމާ ގުޅުންހުރި ފަރާތްތައް ޒިންމާ ކުރުވާނެކަން ސައޫދީ މަސްއޫލުވެރިން އޭނާ އަށް ކަށަވަރުކޮށްދެއްވި ކަމުގަ އެވެ. ސައޫދީ އަށް ކުރައްވާ ދަތުރުފުޅުގައި ޕޮމްޕެއޯ މަސައްކަތް ކުރެއްވީ އެމެރިކާ އިން ސައޫދީ އާއެކު ބާއްވާ ސްޓްރެޓީޖިކް ގުޅުންތަކަށް ބުރޫނާރުވައި އެ ގުޅުންތައް ދެމެހެއްޓުމާއެކު ޚާޝުގްޖީގެ މަރުގެ މައްސަލާގައި ސައޫދީ ސަރުކާރު ޒިންމާ ކުރުވުމަށް ކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވެ އެވެ. ޚާޝުގްޖީގެ މަރުގެ ޖަރީމާގެ ފަހަތުގައި ވަނީ ސައޫދީ ވަލިއުލްއަހްދު މުހައްމަދު ބިންސަލްމާން ކަމަށް އެމެރިކާގެ ޖާސޫސީ މަރުކަޒީ އިދާރާ (ސީއައިއޭ) އިން ކަށަވަރުކޮށްދޭތީ މިމައްސަލާގައި ސައޫދީ ބައެއް މަސްއޫލުވެރިންނާ އަދި ސަރުކާރާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ކޮންގްރެސްއިން ކުރިމަތިކުރާ ފިއްތުންތަކަށް އެމެރިކާ ސަރުކާރުން އިޖާބަދީފައެއް ނުވެ އެވެ. މީގެ ބަދަލުގައި ރައީސް ޓްރަމްޕާއި އެމެރިކާގެ އިސް މަސްއޫލުވެރިން މަސައްކަތް ކުރައްވަނީ ޚާޝުގްޖީ އަވަހާރަކޮށްލި ޖަރީމާ އަނގަބަހުން ކުށްވެރިކޮށްލައި އެ ޖަރީމާގައި ޝާމިލްވާ ފަރާތްތަކަށް ހައްގު އަދަބުދިނުމަށް ސައޫދީ ސަރުކާރަށް ގޮވާލުމުގެ މަސައްކަތް އެކަނި ކަމަށް ކޮންގްރެސްގެ ބައެއްމެންބަރުން ވަނީ ވިދާޅުވެފަ އެވެ. ޚާޝުގްޖީ ހަށިގަނޑު ކީހަކުން ބުރިބުރި ކޮށްލަން ފަށާފައި ވަނީ އޭނާ ދިރިހުންނަވަނިކޮށް ސައޫދީ ކޮންސިއުލޭޓް ތެރޭގައި ކަމަށާ އެކަންކުރީ ސައޫދީ ސަރުކާރުން ފޮނުވި ޓީމަކުން ކަމަށް ތުރުކީން ބުނެ އެވެ. އެހާ އަނިޔާވެރިގޮތަކަށް އޭނާ އަވަހާކޮށްލުމަށް އަމުރުކުރެއްވި ކަމުގެ ތުހުމަތު ކުރެވޭ ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިންސަލްމާން އާއި އޭނާ އާ ގުޅުންތައް ބޮޑު ސައޫދީ މަސްއޫލުވެރިންނާ ދެކޮޅަށް ފިޔަވަޅެއް އެޅުމަށް ޖެހިލުންވާކަމުގެ ތުހުމަތު ކޮންގްރެސްގެ ބައެއް މެންބަރުންވަނީ ޓްރަމްޕްގެ ސަރުކާރުގެ މައްޗަށް ކުރައްވައިފަ އެވެ. އެމެރިކާގެ މެދުއިރުމަތީގައި އެމެރިކާ ގެންގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގައި ސައޫދީގެ ދައުރު މުހިއްމު ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ އިސްރާއީލަށް ރައްކާތެރިކަމާ އެކު ދިރިއުޅެވެނީ ސައޫދީގެ އެއްބާރުލުމުގެ ސަބަބުން ކަމަށް ވިދާޅުވެފަ އެވެ. ޕޮމްޕެއޯ މެދުއިރުމައްޗަށް ކުރައްވާ ދަތުރުފުޅުގައި ސައޫދީއަށް ވަޑައިގަތުމުގެ ކުރިންވަނީ އުރުދުން، މިސްރު، އިޜާގު އަދި ގަތަރަށް ވަޑައިގެންފަ އެވެ. މި ދަތުރުފުޅުގެ ބޭނުމަކީ އީރާނާ ދެކޮޅަށް ބައެއް އަރަބި ގައުމުތަކާއި އިސްރާއީލު ހިމަނައިގެން އެލަޔަންސެއް އުފެއްދުމާ ބެހޭ މަޝްވަރާތައް ކުރުންކަމަށް ޕޮމްޕެއޯ ވަނީ ވިދާޅުވެފަ އެވެ. (ނޫސްއެޖެންސީތައް)
ޚާޝުގްޖީގެ މަރުގެ ތަހްގީގު ރަނގަނޅަށް ދާނެ ކަމުގެ ޔަގީންކަން ލިބިއްޖެ: ޕޮމްޕެއޯ
ނައިބު ރައީސް ފައިސަލް ނަސީމް ކ. ހިންމަފުށީ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރަށް ޒިޔާރަތްކުރައްވައިފި އެވެ. ނައިބު ރައީސް ފައިސަލް އެ ސެންޓަރަށް ޒިޔާރަތް ކުރެއްވީ މިއަދު އެމަނިކުފާނު ހިންމަފުށްޓަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރަށް ޒިޔާރަތް ކުރައްވައި އެމަނިކުފާނުވަނީ، އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. އަދި އެތަނުގެ މަސައްކަތްތައް ކުރިއަށް ދާގޮތް އޮޅުންފިލުއްވައި، ތަނުގެ މިހާރުގެ ހާލަތު އެމަނިކުފާނު ބައްލަވާލެއްވިއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ، އެރަށު ކައުންސިލް މެންބަރުންނާ ވެސް ބައްދަލުކުރައްވާފައެވެ. އަދި އޭގެ އިތުރުން އެމަނިކުފާނު ވަނީ ހިންމަފުށީ ސްކޫލަށާއި، ހިންމަފުށީ ހެލްތް ސެންޓަރަށްވެސް ޒިޔާރަތްކުރައްވާފައެވެ. މިއަދު ހިންމަފުށްޓަށް ކުރައްވަމުން ގެނދަވާ ދަތުރުފުޅުގައި އެ ސެންޓަރަށް ޒިޔާރަތް ކުރައްވާ، އެ މުއައްސަސާގެ މުވައްޒަފުންނާ ބައްދަލުކު މަސައްކަތްތައް ކުރިއަށް ދާގޮތް އޮޅުންފިލުއްވައި، ތަނުގެ މިހާރުގެ ހާލަތުބައްލަވައިލެއްވިއެވެ.
ނައިބު ރައިސް ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރަށް ޒިޔާރަތް ކުރައްވައިފި
ރާއްޖެ އާއި ޔޫއޭއީ އާ ދެމެދު ޖޮއިންޓް ކޯޕަރޭޝަން ކޮމިޓީއެއް އުފެއްދުމަށް އެއްބަސްވުމެއްގައި ސޮއިކުރައްވައިފި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދެވެ. އަދި ޔޫއޭއީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ގައުމުގެ ފޮރިން މިނިސްޓަރު ޝެއިޙް ޢަބްދުﷲ ބިން ޒައިދު އަލް ނަހްޔާން އެވެ. މި އެއްބަސްވުމުގެ އިތުރު ތަފްސީލެއް ރައީސް އޮފީހަކުން ނުދެއްވައެވެ. ރޭ އަބޫދާބީ އަށް ރައީސް ސޯލިހް ވަޑައިގެންނެވީ، "ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑްސް" އަދި "އިނޯގްރޭޝަން އޮފް ދަ އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް" ޙަފްލާގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމުގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑާ އޮފް އާމްޑް ފޯސަސް، މުހައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދަޢުވަތަކަށެވެ. މި ދަތުރުފުޅަށްފަހު ރައީސް ސޯލިހް އެނބުރި ރާއްޖެ ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހުއެވެ. މީ ވެރިކަމާ ހަވާލުވުމަށް ފަހު ރައީސް ސޯލިހް ރާއްޖެއިން ބޭރަށް ކުރައްވާ ދެ ވަނަ ރަސްމީ ދަތުރުފުޅެވެ.
ޔޫއޭއީއާ ދެމެދުގައި ޖޮއިންޓް ކޯޕަރޭޝަން ކޮމިޓީއެއް އުފެއްދުމަށް އެއްބަސްވުމެއްގައި ސޮއިކުރައްވައިފި
ތަރިކައިގެ ލިސްޓްގައި ހިމެނޭ ހުކުރު މިސްކިތުގެ ހަރިންމަ ބައިގެ ފާރުން ބައެއް ތަޅާލައިފިއެވެ. ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގް ވިދާޅުވީ އެތަން ތަޅާލިކަންއެނގުނީ މެންދުރު ކަމަށެވެ. " ސޯޝަލް މީޑީއާއިން ފެނިގެން އަޅުގަނޑަށް އެނގުނީ. އެ މައްސަލަ މާދަމާ ރަސްމީކޮށް ސަރުކާރަށް ހުށަހަޅާނަން" ތޯރިގް ވިދާޅުވިއެވެ. @MACH_MV ah neyngi Male Hukurumiskithuge Harinma faaru thalhai thanah badhalu genaumaky balaiganeveyne kameh noon. @Dhiraagu @STELCOMALDIVES @Medianetmv '@MaleCitymv @PoliceMv @yumna_maumoon pic.twitter.com/Nr1ciaq8Ql — Mohamed Thoriq (@ManadhooThoriq) January 14, 2019 ތޯރިގް ވިދާޅުވީ އެ މިސްކިތުގެ ފާރަކީވެސް އާސާރީ ތަނެއް ކަމަށާއި މިނިސްޓްރީގެ ހުއްދަ ނުނަގައި އެގޮތަށް އެފަދަ ކަމެއް ނުކުރެވޭނެ ކަމަށެވެ. އެފަދަ ކަންތައްތަކަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ އެކަން ކުއްވެރިކޮށް ތޯރިގް ވަނީ ޓުވީޓެއްވެސް ކުރައްވައިފައެވެ. ތޯރިގު ވިދާޅުވީ އެތަނުގެ ފާރު ތަޅާލީ އެތަނަށް ބަޔަކު ގެއްލުމެއް ދިނުމުގެ ނިޔަތުގައި ނޫން ކަމަށް ބެލެވޭ ކަމަށާއި އަދި ބޮޑަށް ބެލެވެނީ ޑިސްޓްރިބިއުޝަން ފޮއްޓެއް ފަދަ އެއްޗެއް ބެހެއްޓުމުގެ ގޮތުން އެތަން ތަޅާލީ ކަމަށެވެ. އެ މިސްކިތަކީ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުުހައި ހިމެނޭ ތަނެކެވެެ. އަދި އެ ފާރު ތަޅާލުމުން އެތަން ދުނިޔޭގެ ދާއިމީ ތަރިކައިގެ ލިސްޓުގައި ހިމެނުމުގައި ގޮން ޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ.
ތަރިކައިގެ ލިސްޓްގައި ހިމެނޭ ހުކުރު މިސްކިތުގެ ހަރިންމަ ބައިގެ ފާރުން ބައެއް ތަޅާލައިފި
މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެއެވެ. ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ ކަރަންޓު ކެނޑުނީ އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. މާފަންނާއި ހެންވޭރުގެ ބޮޑު ސަރަހައްދަކުން ވަނީ ކަރަންޓު ގޮސްފައެވެ. "ސަން" އަށް އެނގިފައިވާ ގޮތިގައި ހެންވޭރު ބޮޑު ބަޔަކާއި މާފަންނު އަދި ގަލޮޅު ބައެއް ސަރަހައްދު ތަކުން ވަނީ ކަރަންޓު ގޮސްފައެވެ. ސްޓެލްކޯގެ އޮފިޝަލް ވިދާޅުވީ، މިހާރު އެ މައްސަލަ ހައްލުކޮށް ބައެއް ސަރަހައްދުތަކަށް މިހާރު ކަރަންޓް ދޭން ފަށައިފާއިވާ ކަމަށެވެ.
މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކައުންސިލް ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފިއެވެ. ޕީޕީއެމް ގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު، އަދި ވިލިމާލެ ދާއިރާ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު، މިއަދު "ސަން" އަށް ވިދާޅުވީ، މިރޭ 9:00 ގައި އެޕާޓީގެ ކައުންސިލް ބައްދަލުވުމެއް އޮންނާނެ ކަމަށެވެ. "އެޖެންޑާގައި އޮތީ ކޮންކަމެއް ކަން އަޅުގަނޑަށް އެނގޭނީ މިރޭ ބައްދަލުވުމަށް ދިޔައީމަ،" ކޮން ކަމަކާ ގުޅިގެން ބާއްވާ ކައުންސިލް ބައްދަލުވުމެއްތޯ ދެންނެވުމުން ނިހާން ވިދާޅުވިއެވެ. މިރޭ ޕީޕީއެމް ގެ ކައުންސިލް ބައްދަލުވުމެއް ބާއްވާއިރު، އެ ޕާޓީގެ މިލްކުވެރިކަމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ބަލަމުން އަންނަ މައްސަލައިގެ އިޖުރާއީ އަޑުއެހުމެއް މިއަދު ވަނީ ބާއްވާފައެވެ. ޕީޕީއެމްގެ މުސްތަގުބަލެއް ނެތް ކަމަށް ބުނެ، ޕީޕީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައިގެން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނަމުގައި އެ ޕާޓީގެ ކުރީގެ ނައިބު ރައީސް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާ މެމްބަރު އަބްދުއް ރަޙީމް އަބްދުﷲ (އަދުރޭ) ދަނީ އާ ސިޔާސީ ޕާޓީ އެއް އުފެއްދުމަށް މަސައްކަތް ކުރައްވަމުންނެވެ. އެ ޕާޓީ ރަޖިސްޓްރީ ކުރުމަށް މިދިޔަ ބުދަ ދުވަހު އަދުރޭ ވަނީ އިލެކްޝަންސް ކޮމިޝަނަށް 3،000 މީހުން ސޮއިކޮށްފައިވާ ފޯމް ހުށަހަޅުއްވާފައެވެ. ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން ވެސް ވަނީ އެ ޕާޓީއަށް ސޮއިކުރައްވާފައެވެ.
ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް މިރޭ ބާއްވަނީ
ރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު ޑިޕާޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހުޅުވާލައިފިއެވެ. ޑީޖޭއޭ އިން ބުނީ އެކަމަށް އެދޭ ފަރާތަތްތަކުން ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު މިމަހުގެ 21 ވަަނަ ދުވަހުގެ 14:00 ގެ ކުރިން އެ ޑިޕާޓްމަންޓަށް ފޯމް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެ ފޯމް ޑިޕާޓްމަންޓްގެ ވެބްސައިޓުންވެސް ލިބޭނެކަމަށް ޑީޖޭއޭ އިން ބުންޏެވެ. ދާދި ފަހުން މަޖިލީހުން ވަނީ ހަމައެކަނި ޝަރީއާ ކިޔަވައިގެން ގާނޫނީ ވަކީލުކަން ނުކުރެވޭގޮތަށް ބިލެއްވެސް ހުށަހެޅިއެވެ. އަދި އެ ފަދަ ފަރާތްތަކުން ގާނޫނީ ދާއިރާއިން އަލުން ޑިގްރީ ހާސިލްކުރަން ޖެހެއެވެ. ނަމަވެސް ވަކީލުކަމުގެ ހުއްދަ މިހާރު އޮތް އެއްވެސް ވަކީލެއްގެ ހުއްދަ ބާތިލް ނުވާނެ ގޮތަށް ގާނޫނީ ޚިދުމަތުގެ ބިލް ބަދަލު ކުރަން ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.
ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
އދ. ހަންޏާމީދޫ ސްކޫލުގެ ބެެލެނިވެރިން މިހާރު ކުރަމުންދާ އިހުތިޖާޖުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ. ގްރޭޑް ހަތަރެއް އަދި ފަހެއް އެއް ކްލާހެއްގެ ގޮތުގައި ގުޅުވާލައިގެން މަލްޓިގްރޭޑުގެ ގޮތުގައި ކިޔަވައިދޭތީ އެކަމާ ހިތްހަމަނުޖެހިގެން ހަންޏާމީދޫ ސްކޫލުގެ ދަރިވަރުން ސްކޫލަކަށް ނުގެންދެއެވެ. ހަންޏާމީދޫ ސްކޫލުގެ ގްރޭޑް ހަތަރެއް އަދި ފަހެއްގައި ތައުލީމް ހާސިލް ކުރަމުން ދަނީ 18 ދަރިވަރުންނެވެ. އެ ރަށުގެ ބެލެނެވެރިން ބޭނުން ވަނީ ގްރޭޑް ހަތަރެއް އަދި ފަހެއްގެ ކްލާސްތައް ވަކި ވަކީން ނަގައިދިނުމަށެވެ. އަދި އެކަމަށް ވަކާލާތު ކުރަމުންދާތާ މިހާރު ތިން އަހަރުވެފައިވާ ކަމަށާއި އަދި މިވީހާތަނަށްވެސް ހައްލެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. "ކުޑަ އާބާދީއެއްގައި މަލްޓި ގްޜޭޑް ސިސްޓަމަކަށް ކިޔަވައިދިނުމަކީ ވަރަށް އެކަށީގެންވާ ކަމެއް. ދެން އަޅުގަނޑުމެން މިހާރު މި ބަލަމުންދަނީ އެކަމުގައި ހުރި ކަންބޮޑުވުންތައް. އެ މައްސަލަ ހައްލުކުރުމަށް މިހާރު އެރަށަށް ވަނީ ޓީމެއްވެސް ފޮނުވާފައި،" ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ، ހަންޏާމީދޫ ސްކޫލުގެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނީ މަލްޓިގްރޭޑުކޮށް ކިޔަވައިދިނުމުގެ ސަބަބުން ކިޔަވައިދިނުމުގެ ފެންވަރު ދަށްވާ ކަމަށް ބުނެ އެވެ. އަދި ދެ އުމުރެއްގެ ދަރިވަރުން މައްސުނިވުމުން އުމުރާ ނުގުޅޭ ވާހަކަ ދެއްކުމާއި ސަކަރާތް ޖެހުން ބޮޑުވެފައިވާ ކަމަށް ބެލެނިވެރިން ބުނެ އެވެ. ހަންޏާމީދޫ ސްކޫލުގައި 100 އެއްހާ ދަރިވަރުން ތައުލީމު ހާސިލް ކުރަމުންދެ އެވެ. އެ ސްކޫލުގައި ކިޔަވައިދެނީ ގްރޭޑް 10 އަކާ ހަމައަށެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން އިއްޔެ ފަށާފައިވާ އިރު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ސްކޫލުތަކުގައި މިއަދު ދަނީ ކިޔަވައިދެމުންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މި އާ ދިރާސާ އަހަރުގައި 73 ހާހަށް ވުރެ ގިނަ ދަރިވަރުން ދަނީ ތައުލީމު ހާސިލު ކުރަމުންނެވެ.
ހަންޏާމީދޫ ސްކޫލުގެ މައްސަލަ ހައްލުކުރުމަށް މިދަނީ މަސައްކަތް ކުރަމުން: މިނިސްޓަރު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުންތަކެއް އެތައް މިލިޔަން ރުފިޔާއަކަށް ޚިޔާނާތްތެރިވި މައްސަލައެއް ފެންމަތިވެއްޖެއެވެ. މި ޚިޔާނާތުގެ ވާހަކަތައް ފުރަތަމަ ފެންމަތިވީ ސޯޝަލް މީޑިއާގައެވެ. ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ވާހަކަތަކަށް ބަލާއިރު، ބޭންކުގެ މުވައްޒަފުންތަކެއް ވަނީ އަށް މިލިޔަނަށް ވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވެފައެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި ބޭންކް އޮފް މޯލްޑިވްސްގެ އިންޓާނަލް އޮޑިޓުން ދަނީ މި މައްސަލަ ބަލަމުންނެވެ. ނަމަވެސް ޚިޔާނާތުގެ އަގު ސާފުވާ ގޮތެއް ނުވިއެވެ. ބޭންކް އޮފް މޯލްޑިވްސްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ބޭންކުގެ އެތެރެއިން ހިނގާފާނެ ނުރަނގަޅު ކަންތައްތަކާއި އިހުމާލުތައް ދެނެގަތުމަށް ހަރުދަނާ ގަވައިދުތަކާއި އުސޫލުތަކުގެ އިތުރުން އިންޓާނަލް ކޮންޓްރޯލުތަކެއް ގާއިމުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ޚިޔާނަތެއްގެ މައްސަލަ ބަލާކަމެއް ދޮގެއް ނުކުރައްވައެވެ. "އެއްވެސް މުވައްޒަފަކު ގަވައިދާ ޚިލާފުކަމެއްކޮށްފިނަމަ ތަހްގީގީ އިދާރާތައް މެދުވެރިކޮށް އެކަމެއް ތަހްގީގުކޮށް އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު ބޭންކުން އަޅާނެ،" ސައީދު ވިދާޅުވިއެވެ.
ބީއެމްއެލްގެ މުވައްޒަފުންތަކެއްގެ ޚިޔާނާތެއް ބަލަނީ
ކާރެއް ކޮންޓްރޯލް ނުވެ ގޮސް އައްޑޫ ހިތަދޫ ބޮޑުމަގުގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ އޮފީހުގެ ބިއްލޫރި ގަނޑު ތަޅާލައިފި އެވެ. ފޮޓޯ އިން ފެންނަ ގޮތުން ކާރުގެ ކުރީ ކޮޅު އޮތީ އެސްބީއައިގެ ތެރެއަށް ވަދެފަ އެވެ. އަދި އެތަނުގެ ބިއްލޫރި ދޮރު އެއްކޮށް ވަނީ ތަޅައިގެން ގޮސްފަ އެވެ. އެ އެކްސިޑެންޓުގައި މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ވަނީ އެނގިފަ އެވެ. ފުލުހުން ބުނީ މިއަދު 2:15 އެހާކަންހާއިރު ހިތަދޫ ބޮޑު މަގުގައި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އަދި މިހާރު ފުލުހުން ސީންގައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ކާރެއް ކޮންޓްރޯލް ނުވެ އެސްބީއައި ހިތަދޫ ބްރާންޗުގެ ބިއްލޫރުގަނޑު ތަޅާލައިފި
ފިލިޕީންސްގެ ދެމަފިރިން މަރުވީ ކައިވެންޏަށް ފަހު ހަނީ މޫނަށް ރާއްޖެ އައިސް އުޅެނިކޮށް ކަމަށް ދެމަފިރިންގެ އާއިލާއިން ބުނެފި އެވެ. އިއްޔެ ކ. ދިއްފުއްޓާއި މީރު އައިލެންޑް ރިސޯޓު ހިންގާ ކ. މީރުފެންފުއްޓާ ދެމެދަށް މޫދަށް އެރި އުޅެނިކޮށް މަރުވެފައި އޮއްވައި ފެނުނީ 29 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ އަންހެނެކެވެ. މަރުވެފައިވަނީ ލިއޯމަރ ލަގްރަޑިއާ އަދި އެރިކާ ޖޯއިސް ލަގްރަޑިއާއެވެ. ފިލިޕީންސްގެ ނޫހަކަސް ދެމަފިރިންގެ އާއިލާއިން ބުނެފައިވަނީ އެ ދެމީހުން ކައިވެނިކޮށްފައިވަނީ ވަރަށް ގިނަ ދުވަހު ރަށްޓެހިވެގެން އުޅުމަށް ފަހު 18 ޑިސެމްބަރު 2018 ވަނަ ދުވަހު ކަމަށެވެ. ދެމަފިރިންނަކީވެސް ނަރުހުން ކަމަށް ފިރިހެން ކުއްޖާގެ އާއިލާއިން ބުންޏެވެ. ރާއްޖެ އައުމަކީ ދެމީހުންގެވެސް ހުވަފެނެއް ކަމަށާއި އެމީހުން ރާއްޖެ އައީ މިމަހުގެ 11 ވަނަ ދުވަހު ކަމަށްވެސް ފިރިހެންކުއްޖާހެ އާއިލާއިން ވަނީ ބުނެފަ އެވެ. އެ ދެމަފިރިން ގައުމަށް ގެންދިއުމަށް ބޭނުންވާތީ އާއިލާއިން ދަނީ ގައުމަށް ގެންދިއުމަށް ބޭނުންވާ ފައިސާ ހޯދުމަށް ރައްޓެހިންނާއި ހެޔޮއެދޭ މީހުންގެ އެހީތެރިކަމަށް އެދިފައެވެ. ދެ ހަށިގަނޑު ގައުމަށް ގެންދިއުމަށް 187،859 ދިވެހި ރުފިޔާ އަރާ ކަމަށް ދެމަފިރިންގެ އާއިލާއިން ބުނެއެވެ. ފުލުހުން ބުނީ އެ ދެމީހުންގެ ހަށިގަނޑު ގައުމަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ދެމަފިރިންގެ ހަށިގަނޑު މިހާރު އޮތީ ގަލޮޅު މޯޗަރީގައެވެ.
ފިލިޕީންސްގެ ދެމަފިރިން މަރުވީ ހަނީމޫނަށް ރާއްޖެ އައިސް އުޅެނިކޮށް
ޕީޕީއެމްގެ ރައީސަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށް ކަނޑައަޅައިދިނުމަށް އެދި އެ ޕާޓީގެ މެމްބަރަކު ހުށަހެޅި މައްސަލައިގެ އިބްތިދާއީ ބައްދަލުވުމެއް މިއަދު ސުޕްރީމް ކޯޓުގައި ބާއްވައިފިއެވެ. ޕީޕީއެމްގެ މިލްކިއްޔާތުގެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އެ ޕާޓީގެ މެމްބަރެއް ކަމަށްވާ ލ. ގަމަށް ނިސްބަތްވާ އަލީ އަހްމަދެވެ. އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ނަމަވެސް، ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ނަގައި، ބަލަން ނިންމާފައެވެ. އެ މައްސަލައިގެ ޝަރީއަތް ފެށުމުގެ ކުރިން މިއަދު ސުޕްރީމް ކޯޓުގައި ވަނީ އިބްތިދާއީ ބައްދަލުވުމެއް ބާއްވާފައެވެ. އަދި މައްސަލައިގެ ލިޔެކިޔުންތައް ވަނީ ދެ ފަރާތާއި ހަވާލު ކޮށްފައެވެ. އަލީ އަހުމަދު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ ރައީސް މައުމޫން ޕީޕީއެމްގެ ރައީސްކަމުން ވަކިކުރީ ގަވާއިދާ ހިލާފަށް ކަމަށް ކަނޑައަޅައި، މައުމޫންއަކީ ޕީޕީއެމްގެ ރައީސް ކަމަށް ކަނޑައަޅައިދިނުމަށް ކަމަށެވެ. ޕީޕީއެމްގެ މިލްކިއްޔާތުގެ މައްސަލަ މާދަމާއަށް ތާވަލުކޮށްފައިވާއިރު އެ ޕާޓީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވަނީ ޕީޕީއެމް ދޫކުރައްވައި ވަޑައިގަންނަވަން އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައެވެ. އެޕާޓީ އަކީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އެވެ.
ޕީޕީއެމް މިލްކިއްޔާތުގެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން ބާއްވައިފި
ރައްޔިތުންގެ މަޖިލީހަކީ މުއްސދަނދިވާން ވަންނަ ތަނެއް ނޫން ކަމަށާއި މަޖިލީހަށް ވަންނަ ދުވަހު ނޫން އަނެއް ދުވަހު ބޮޑު ވިޔަފާރިއެއް ފައްޓައި އަދި ގެސްޓްހައުސް ހުޅުވުމުގެ ވިސްނުން ދޫކޮށްލަން ޖެހޭ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ގޮވާލައްވައިފި އެވެ. އެމްޑީޕީ ޕްރައިމެރީ އިވެންޓެއްގައި މިއަދު ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ މަޖިލީހަށް ވަންނަނީ ގާނޫނުތައް ހަދައި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށެވެ. "އަޅުގަނޑު ވަރަށް އެދެން މަޖިލިސް އަށް ވަންނަ ދުވަހު ނޫން އަނެއް ދުވަހު ރިސޯޓެއް ހަދަން ނޫޅުން. ގެސްޓްހައުސްއެއް ހަދަން ނޫޅުން. އަދި އެހެންވެސް ވިޔަފާރިއެއް ކުރަން ވެސް ނޫޅުން." އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މުސާރަ ލިބޭނެ ކަމަށެވެ. އެއީ ވަރަށް ބޮޑު މުސާރައެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެ މުސާރައިން ދިރިނޫޅެވޭ ނަމަ މަޖިލީހުގެ މަސައްކަތް ނޫން މަސައްކަތެއް ކުރަން ވިސްނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް އެލަވަންސުތަކާ އެކު މަހަކު 85،000 ރުފިޔާ ލިބި އެވެ. ރައްޔިތުންގެ މަޖިލީހަށް ވަދެވުނީތީވެ ދަރިން އިނގިރޭސި ވިލާތަށް ކިޔަވަން ފޮނުވަން ނުޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. "ހަމަ އާދައިގެ އެމީހާ ދިރިއުޅެމުން އައި ދިރިއުޅުން މަޖިލިސް މެމްބަރުން ވެސް އުޅެމުން ދިޔުން އެއީ ވަރަށް ބޮޑު ބޭނުމެއް. މަޖިލީހަށް ރައްޔިތުން މި މެމްބަރުން އިންތިހާބު ކުރަނީ ރައްޔިތުންގެ މަސައްކަތް އެމީހާ ކުރުމަށް. އެމީހާގެ އަމިއްލަ މަސައްކަތް އެމީހާ ކުރުމަކަށެއް ނޫން." މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ އެމްޑީޕީ ޕްރައިމެރީގައި ވާދަ ކުރައްވާ ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ މަޖިލިސް މެމްބަރުންގެ ކިބައިގައި ހުންނަން ބޭނުންވާ ސިފަތައް އެމްޑީޕީން އަލުން ފާހަގަކުރަން ބޭނުންވާ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ މަޖިލީހަކީ ގަދަރުވެރި މަޖިލީހަކަށް ހަދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވާ ގޮތުން މި އަހަރު އިންތިހާބުކުރާ މަޖިލީސް ތަފާތުވާނެ އެވެ. އަދި އެ މަޖިލިސް އޮންނާނީ ރައްޔިތުންގެ ހިދުމަތުގައި ރައްޔިތުން ބޭނުންވާ ކަންކަން ފުއްދައިދިނުމަށް ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. "އަޅުގަނޑު ވެސް އިރާދަކުރެއްވިއްޔާ އެ މަޖިލީހުގައި އިންނާނަން. އަޅުގަނޑަށް އެނގޭނެ ވައްކަން ކުރަންޏާ. އަޅުގަނޑަށް އެނގޭނެ ވޯޓު ވިއްކަންޏާ. އަޅުގަނޑަށް އެނގޭނެ ޕާޓީ ބަދަލުކުރަން އުޅެންޏާ. އަޅުގަނޑަށް އެނގޭނެ އެކަންކަން ހުއްޓުވަން ވެސް." ނަޝީދު ވިދާޅުވި އެވެ. އެމްޑީޕީގެ މެމްބަރުން އެމްޑީޕީގައި ހިފެހެއްޓޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. ސަރުކާރުގައި ނެތް އިރު ވެސް ހިފެއްޓުނު ކަމަށާއި ހާއްސަކޮށް އެމަނިކުފާނު މަޖިލީހުގައި އިންނަވާ އިރު ހިތަށް އަރާހާ ގޮތެއް މަޖިލީހަށް ވެގެން ނުދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕްރައިމެރީ އޮންނަނީ ފެށޭ ހުކުރު ދުވަހު އެވެ. މަޖިލިސް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައި ވަނީ އޭޕްރީލް ހަ އެއްގަ އެވެ.
މަޖިލީހަށް ވަންނަ ދުވަހު ގެސްޓްހައުސް ހުޅުވަން ނޫޅުމަށް ނަޝީދު ގޮވާލައްވައިފި
އިޓަލީގެ ކުރީގެ ކޮމިޔުނިސްޓް ހަނގުރާމަވެރިއެއް ކަމަށްވާ ސިޒާރޭ ބަޓިސްޓީ ބޮލީވިއާއިން އަތުލައިގެންފި އެވެ. ސިޒާރޭ އަކީ 70ގެ އަހަރުތަކުގައި މީހުން މެރިކަމުގެ ކުށުގައި އިޓަލީން ހޯދަމުންދާ މީހެކެވެ. އޭނާގެ މައްޗަށް ދައުވާ ކުރަނީ އިޓަލީގެ ދެ އޮފިޝަލަކު މަރާލި ކަމުގެ ދައުވާ އެވެ. ނަމަވެސް އޭނާ އެކަން ދޮގުކުރެ އެވެ. ސިޒާރޭ ކުރިން ފްރާންސް އަދި މެކްސިކޯގައި ވެސް އުޅުނެވެ. ނަމަވެސް ފަހުން އެ ގައުމުތަކުން އޭނާ އިޓަލީ ސަރުކާރާ ހަވާލުކޮށްފާނެ ކަމުގެ ބިރަށް އޭނާ ދިޔައީ ބްރެޒިލްއަށެވެ. ބްރެޒިލްގައި އޭނާ ފަހަކާ ޖެހެންދެން އުޅުނީ ސިޔާސީ ހިމާޔަތް ހޯދައިގެންނެވެ. އަދި ބްރެޒިލްގައި އޭނާ ވަނީ ކައިވެނިކޮށް ވަރަށް ފަހުން ކުއްޖަކު ވެސް ލިބިފަ އެވެ. ސިޒާރޭއަކީ ވާހަކަ ލިޔުންތެރިއެއް ވެސް މެއެވެ. ނަމަވެސް ބްރެޒިލްގެ ވެރިކަމަށް ދާދި ފަހުން ޖައިރު ބޮލްސޮނާރޯ އިންތިހާބުވުމުން، އިޓަލީ ސަރުކާރާ ހަވާލުކޮށްފާނެ ކަމުގެ ބިރަށް އޭނާ ވަނީ ބޮލީވިއާއަށް ގޮސްފަ އެވެ. ބޮލީވިއާ އިން އޭނާ އަތުލައިގަތީ ފޭކް ތުނބުޅިއެއް ޖަހައިގެން އުޅެނިކޮށެވެެ. ބްރެޒިލްގެ ރައީސް ވިދާޅުވީ މީގެ ކުރިން އެގައުމުން ބޮޑެތި ޓެރަރިސްޓުންނަށް ހިމާޔަތްދިން ނަމަވެސް ދެން އެގައުމުން އެފަދަ މީހުންނަށް ޖާގައެއް ނޯންނާނެ ކަމަށެވެ. ބޮލީވިއާ ސަރުކާރުން ސިޒާރޭ ބްރެޒިލް ސަރުކާރާ ހަވާލުކުރުން އޭނާ ވަނީ ފަހުން އިޓަލީއަށް ފޮނުވާލައިފަ އެވެ. ބެލެވޭ ގޮތުގައި އޭނާއަށް އުމުރު ދުވަހު ޖަލުގެ ހުކުމް އަންނާނެއެވެ. ބީބީސީ
އިޓަލީގެ ކުރީގެ ކޮމިއުނިސްޓް ހަނގުރާމަވެރިއެއް ބޮލީވިއާއިން އަތުލައިގެންފި
ދެން ރާއްޖޭގައި އެންމެ ބޮޑު މުޒާހަރާއެއް އޮންނާނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާ ދެކޮޅަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. އިންޑިއާގެ ހެލިކޮޕްޓަރުތައް އުދުހެނީ ދިވެހި ސަރުކާރުގެ ކޮންޓްރޯލް އޮވެގެން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފަ އެވެ. އެއަށް ރައްދު ދެއްވައި އުމަރު ފޭސްބުކްގައި ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އިންޑިއާގެ ހެލިކޮޕްޓަރުތައް ރާއްޖެ ގެނެވުނު ފަހުން ޑިފެންސް މިނިސްޓަރުކަން ކުރި ތިން ފަރާތަކާ ސުވާލު ކުރި ކަމަށް އުމަރު ވިދާޅުވި އެވެ. "އެ ބޭފުޅުން ވިދާޅުވީ މި އުޅަނދުތައް އުދުހެނީ އިންޑިއާގެ ދިއްލީއިން ދޭ އޯޑަރައް ކަމަށް. އެމްއެންޑީއެފްގެ އޯޑަރަަކަށް ނޫން ކަމަށް." އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވި ގޮތުން އިންޑިއާގެ ނިޔަތް ސާފު ނަމަ އެ ގައުމުން އެއްބަސްވެ ސޮއިކޮށްފައިވާ ގޮތަށް ދިވެހި ސިފައިން ތަމްރީނު ނުކުރަންވީ އެއްވެސް ސަބަބެއް ނެތެވެ. "ދެން ރާއްޖޭގައި ހިންގާ އެންމެ ބޮޑު މުޒާހަރާ ހިންގާނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް." އުމަރު ނަސީރު ވިދާޅުވި އެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ދުއްވާ ދެ ހެލިކޮޕްޓަރުގެ ތެރެއިން ހެލިކޮޕްޓަރެއް --- އިންޑިއާ ސިފައިން ރާއްޖޭން ފައިބަން ޖެހޭ ކަން ފާހަގަކޮށް އުމަރު ވިދާޅުވީ ސިޔާސީ ލީޑަރުންނަށް ސުޕާރީ ދެއްވައިގެން ގައުމުގެ މިނިވަންކަމާއި ގުޅުން ހުރި ކަންކަން ހިންދާ ލެވިދާނެ ކަމަށް ހީކުރެވޭ ނަމަ އެއީ ކުށްހީއެއް ކަމަށެވެ. އިންޑިއާ ސަރުކާރުން ރާއްޖެ ދީފައިވާ ދެ ހެލިކޮޕްޓަރާ ބެހޭ ގޮތުން ދައްކަނީ ސިޔާސީ ބޭކާރު ވާހަކަތަކެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔަ އަހުމަދު ދީދީ ވަނީ ވިދާޅުވެފަ އެވެ. އިންޑިއާ ސަރުކާރުން ރާއްޖެއަށް ހާދިޔާ ކުރި ހެލިކޮޕްޓަރު ބޭނުން ކުރެވެމުން އަންނަނީ ބަލިމީހުން އުފުލުމަށް އެއާ އެމްބިއުލެންސެއްގެ ގޮތުގަ އެވެ. އެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަށް ރާއްޖޭގައި އިންޑިއާ ސިފައިން ވެސް ތިބެ އެވެ. ދެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަށް ރާއްޖޭގައި އިންޑިއާގެ 60 ވަރަަކަށް ސިފައިން ތިބެ އެވެ. ދެ ހެލިކޮޕްޓަރު ރާއްޖެ އަށް 2010 ވަނަ އަހަރު ދިނީ ދެ އަހަރުގެ ތެރޭގައި އެ ދޭތި އޮޕަރޭޓް ކުރުމަށް ދިވެހިންނާ ހަވާލުކުރާ ގޮތަށެވެ. ނަމަވެސް އަދި މިހާތަނާ ޖެހެންދެން ވެސް އެ ދެ އުޅަނދު އޮޕަރޭޓް ކުރަނީ އިންޑިއާ ސިފައިންނެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާ ދެކޮޅަށް މުޒާހަރާއެއް ބާއްވާނަން: އުމަރު
ދެން ރާއްޖޭގައި އެންމެ ބޮޑު މުޒާހަރާއެއް އޮންނާނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާ ދެކޮޅަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. އިންޑިއާގެ ހެލިކޮޕްޓަރުތައް އުދުހެނީ ދިވެހި ސަރުކާރުގެ ކޮންޓްރޯލް އޮވެގެން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފަ އެވެ. އެއަށް ރައްދު ދެއްވައި އުމަރު ފޭސްބުކްގައި ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އިންޑިއާގެ ހެލިކޮޕްޓަރުތައް ރާއްޖެ ގެނެވުނު ފަހުން ޑިފެންސް މިނިސްޓަރުކަން ކުރި ތިން ފަރާތަކާ ސުވާލު ކުރި ކަމަށް އުމަރު ވިދާޅުވި އެވެ. "އެ ބޭފުޅުން ވިދާޅުވީ މި އުޅަނދުތައް އުދުހެނީ އިންޑިއާގެ ދިއްލީއިން ދޭ އޯޑަރައް ކަމަށް. އެމްއެންޑީއެފްގެ އޯޑަރަަކަށް ނޫން ކަމަށް." އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވި ގޮތުން އިންޑިއާގެ ނިޔަތް ސާފު ނަމަ އެ ގައުމުން އެއްބަސްވެ ސޮއިކޮށްފައިވާ ގޮތަށް ދިވެހި ސިފައިން ތަމްރީނު ނުކުރަންވީ އެއްވެސް ސަބަބެއް ނެތެވެ. "ދެން ރާއްޖޭގައި ހިންގާ އެންމެ ބޮޑު މުޒާހަރާ ހިންގާނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް." އުމަރު ނަސީރު ވިދާޅުވި އެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ދުއްވާ ދެ ހެލިކޮޕްޓަރުގެ ތެރެއިން ހެލިކޮޕްޓަރެއް --- އިންޑިއާ ސިފައިން ރާއްޖޭން ފައިބަން ޖެހޭ ކަން ފާހަގަކޮށް އުމަރު ވިދާޅުވީ ސިޔާސީ ލީޑަރުންނަށް ސުޕާރީ ދެއްވައިގެން ގައުމުގެ މިނިވަންކަމާއި ގުޅުން ހުރި ކަންކަން ހިންދާ ލެވިދާނެ ކަމަށް ހީކުރެވޭ ނަމަ އެއީ ކުށްހީއެއް ކަމަށެވެ. އިންޑިއާ ސަރުކާރުން ރާއްޖެ ދީފައިވާ ދެ ހެލިކޮޕްޓަރާ ބެހޭ ގޮތުން ދައްކަނީ ސިޔާސީ ބޭކާރު ވާހަކަތަކެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔަ އަހުމަދު ދީދީ ވަނީ ވިދާޅުވެފަ އެވެ. އިންޑިއާ ސަރުކާރުން ރާއްޖެއަށް ހާދިޔާ ކުރި ހެލިކޮޕްޓަރު ބޭނުން ކުރެވެމުން އަންނަނީ ބަލިމީހުން އުފުލުމަށް އެއާ އެމްބިއުލެންސެއްގެ ގޮތުގަ އެވެ. އެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަށް ރާއްޖޭގައި އިންޑިއާ ސިފައިން ވެސް ތިބެ އެވެ. ދެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަށް ރާއްޖޭގައި އިންޑިއާގެ 60 ވަރަަކަށް ސިފައިން ތިބެ އެވެ. ދެ ހެލިކޮޕްޓަރު ރާއްޖެ އަށް 2010 ވަނަ އަހަރު ދިނީ ދެ އަހަރުގެ ތެރޭގައި އެ ދޭތި އޮޕަރޭޓް ކުރުމަށް ދިވެހިންނާ ހަވާލުކުރާ ގޮތަށެވެ. ނަމަވެސް އަދި މިހާތަނާ ޖެހެންދެން ވެސް އެ ދެ އުޅަނދު އޮޕަރޭޓް ކުރަނީ އިންޑިއާ ސިފައިންނެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާ ދެކޮޅަށް މުޒާހަރާއެއް ބާއްވާނަން: އުމަރު
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީ އަށް ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު މުހައްމަދު ހާނިމް، މާޒިޔާގެ ސީއީއޯ ހުސެއިން ޝާފިއު (ކޮކީ) އާއި ކްލަބް އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) އައްޔަން ކޮށްފި އެވެ. އެފްއޭއެމުން ބުނީ އެ މެމްބަރުން ހިންގާ ކޮމިޓީ އަށް އައްޔަން ކޮށްފައި ވަނީ މިދިޔަ ހަފްތާގައި ބޭއްވި އެފްއޭއެމްގެ ހިންގާ ކޮމިޓީގެ ބައްދަލުވުމެއްގައި ކަމަށެވެ. އެފްއޭއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން ހިންގާ ކޮމިޓީގެ މެމްބަރަކު މަގާމުން ވަކިވެއްޖެ ހާލަތެއްގައި އެ މަގާމަކަށް ހިންގާ ކޮމިޓީގެ އިއްތިފާގުން މެމްބަރަކު އައްޔަން ކުރެވިދާނެ އެވެ. އަދި ދެން އެންމެ އަވަހަށް އޮންނަ އާންމު ޖަލްސާއެއްގައި މެމްބަރު ކްލަބްތަކުގެ ތާއީދު އެ ފަރާތަކަށް އޮތްތޯ ބެލުމަށް ވޯޓަކަށް އަހަންވާނެ އެވެ. އެފްއޭއެމްގެ މައި އިދާރާ އެފްއޭއެމްގެ ހިންގާ ކޮމިޓީ އަށް މި ތިން މެމްބަރުން އައްޔަން ކުރުމާ އެކު މިހާރު ހިންގާ ކޮމިޓީގައި ހިމެނޭނީ ޖުމްލަ ނުވަ މެމްބަރުންނެވެ. އެއީ ރައީސް ބައްސާމް އަދީލް ޖަލީލް، ސީނިއާ ވައިސް ޕްރެޒިޑެންޓް އަހުމަދު ޝާކީބް، ވައިސް ޕްރެޒިޑެންޓް އައިޝަތު ނާޒިމާގެ އިތުރުން މެމްބަރުންގެ ގޮތުގައި ހިމެނޭ މުހައްމަދު އަލީ، މުއާޒް ރަޝީދު، މުހައްމަދު ޝިފާއު، ހުސެއިން ޝާފިއު، މުފާވިޒް ހާޝިމް އަދި މުހައްމަދު ހާނިމް އެވެ. އެ ތިން މެމްބަރުން އެފްއޭއެމްގެ ހިންގާ ކޮމިޓީ އަށް އައްޔަން ކޮށްފައި ވަނީ ހިންގާ ކޮމިޓީއަށް އިންތިހާބު ކުރި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމުގައިވާ ތިނަދޫ ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު އާއި ފުވައްމުލަކު ދެކުނު ދާއިރާގެ އަލީ ޝާހު އަދި ހަނިމާދޫ ދާއިރާގެ ހުސެއިން ޝާހުދީ މަގާމުން ދުރުކުރުމަށްފަހުގަ އެވެ. އެ ތިން މެމްބަރުން ހިންގާ ކޮމިޓީން ވަކިކޮށްފައި ވަނީ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ރާއްޖެ އިން ބޭރަށް އަމިއްލަ އަށް އަރުވާލެވިގެން ތިބުމުގެ ސަބަބުން ހިންގާ ކޮމިޓީގެ ގިނަ ބައްދަލުވުންތަކަކަށް ހާޒިރުވެފައިނުވާތީ ކަމަށް އެފްއޭއެމުން ބުންޏެވެ.
އެފްއޭއެމްގެ އެކްސްކޯ އަށް ކޮކީ، މުފާ އަދި ހާނިމް އައްޔަން ކޮށްފި
ޑޮކްޓަރުކަން ނުވަތަ އެމްބީބީއެސް ކޯސްތައް ހެދުމުގެ ކުރިން ހަދަމުންދާ ޕްރީ މެޑިސިންގެ އެކި ކޯސްތައް ގަބޫލުނުކުރާ ގޮތަށް މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ނިންމައިފި އެވެ. އެމްބީބީއެސްގެ ކޯސްތަކުން އާންމުކޮށް ޖާގަލިބެނީ އޭ ލެވެލްގެ ބައެއް މާއްދާތަކުން މަތިން ފާސްވެފައިވާ ނަމަ އެވެ. ނަމަވެސް ބައެއް ކޮލެޖުތަކުން އޭ ލެވެލްގެ ބަދަލުގައި އެއް އަހަރު ދުވަހުން ފުރިހަމަކުރާ ޕްރީ މެޑިސިންގެ ކޯސްތައް ފުރިހަމަކޮށް ފާސްވެެއްޖެ ނަމަވެސް ޖާގަ ދީ ހަދަ އެވެ. މެޑިކަލް ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނީ ޕްރީމެޑިސިންގެ ކޯސްތައް، ބައެއް ގައުމުތަކުގައި ފަރުމާކުރެވިފައިވާ ގޮތުން ދަރިވަރުންގެ ތައުލީމީ ފެންވަރު ދަށްވަމުން ދާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އެއް އަހަރު ދުވަހުގެ ޕްރޮގްރާމްތަކުގެ ނަމުގައި ހަ މަސް ދުވަހުގެ ޕްރޮގްރާމްތައް ވެސް ހިންގާކަން ފާހަގަކުރެވޭ ކަމަށް އެ ކައުންސިލުން ބުންޏެވެ. އެ ކައުންސިލުން ބުނީ ދިވެހި ދަރިވަރުންނަށް އަމާޒުކޮށް ބައެއް ގައުމުތަކުން އެފަދަ ކޯސްތައް ހިންގާތައް ފެންނަމުންދާ ކަމަށާއި އަދި އޭގެ ސަބަބުން ބައެއް ދަރިވަރުންނަށް މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ގެއްލުންވަމުންދާ ކަމަށެވެ. "ޖީސީއީ އޭލެވެލްގެ ބަދަލުގައި، 1 އަހަރު ދުވަހުގެ ޕްރީ މެޑިސިންގް ޕްރޮގްރާމެއް ނިންމި ކަމުގައި ވިޔަސް، ދުނިޔޭގެ މަޝްހޫރު ގިނަ ޔުނިވާރސިޓީ ތަކުން، MBBS އަދި BDS އަށް ވަނުމަށް ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަ ނުވާކަން ވެސް ފާހަގަކުރަމެވެ." ކައުންސިލްގެ ބަޔާނުގައިވެ އެވެ. އެ ގަވައިދަށް އަމަލުކުރަން ފެށި ނަމަވެސް، ކައުންސިލްއިން ބުނީ މިއަހަރުގެ ކުރިން މި އަހަރުގެ ޖެނުއަރީ 14 އިގެ ކުރިން އެ ކޯސްތައް ހެދުމަށް ފައިސާ ދެއްކި ފަރާތްތަކާއި އެ މުއްދަތުގެ ކުރިން ކިޔެވުން ފެށި ދަރިވަރުން އިސްތިސްނާވާނެ ކަމަށެވެ.
ޑޮކްޓަރުކަން ކިޔަވަން ހަދާ ޕްރީ މެޑިސިންގެ ކޯސްތައް ރާއްޖެއިން ގަބޫކުރުން ހުއްޓާލައިފި
ހަތް ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި މަޝްހޫރު ބޮޑީބިލްޑަރު، ޝާހީން އިބްރާހިމް ދީދީ (ޝާންޓޭ) ދޫކޮށްލައިފި އެވެ. ގައުމީ އިނާމު ހޯދައިފައިވާ ޝާންޓޭ ދިރިއުޅޭ އެޕާޓްމަންޓް އިން، މަސްތުވާތަކެއްޗާ އެކު އޭނާ ހައްޔަރުކޮށްފައި ވާނީ މިދިޔަ މަހު ތިން ވަނަ ދުވަހު އެވެ. ފުލުހުންގެ މީޑީއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ، އޭނާ ދުކޮށްލައިފައި ވަނީ ކްރިމިނަލް ކޯޓަށް ބަންދާ މެދު ގޮތެއް ނިންމުމަށް ގެންދިޔުމުން އެ ކޯޓުން ކަމަށެވެ. އެނާގެ ބަންދާ މެދު ގޮތެއް ނިންމީ ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ އެވެ. ޝާންޓޭ ވަނީ، ގައުމީ އިނާމުގެ އިތުރުން 2017 ވަނަ އަހަރު އޭޝިއަން ބޮޑީ ބިލްޑިން މުބާރާތުން ރާއްޖެއަށް ރަން މެޑެލް ހޯދައިދީފަ އެވެ. މިސްޓާ މޯލްޑިވްސް އާއި އަދި ވެސް އެހެނިހެން ކާމިޔާބުތައް އޭނާ ވަނީ ހޯދައިފަ އެވެ. ހަތް ކިލޯގެ މަސްތުވާތަކެއްޗާ އެކު ޝާންޓޭ ހައްޔަރުކޮށްފިއިތުރަށް ވިދާޅުވުމަށް
ހަތް ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ޝާންޓޭ ދޫކޮށްލައިފި
ހުޅުމާލޭގައި ރޭ ހިންގި ދެ މާރާމާރީ އެއްގައި ދެ ޒުވާނަކު ޒަހަމް ކޮށްލައިފިއެވެ. ހުޅުމާލޭ ހޮސްޕިޓަލް ހިންގަމުންދާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް އާޝިޔާ ސޯލިހް ވިދާޅުވީ، މާރާމާރީގައި އަނިޔާވެގެން ގެނައި 28 އަހަރާއި 23 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ. އޭގެތެރެއިން 28 އަހަރުގެ ޒުވާނާގެ ބޮލަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު ސީޓީ ސްކޭނެއް ހެދުމަށް އޭނާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ޓްރާންސްފާ ކޮށްފައިވާ ކަމަށް އާޝިޔާ ވިދާޅުވިއެވެ. އަދި 23 އަހަރު ޒުވާނާ، ފަރުވާއަށް ފަހު ދޫކޮށްލާފައިވާ ކަމަށް ވެސް އާޝިޔާ ވިދާޅުވިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހުޅުމާލޭގައި މާރާމާރީއެއް ހިންގި ކަމުގެ ރިޕޯޓް ލިބިފައި ވަނީ ރޭ 12:10ގައި ކަމަށެވެ. "ހުޅުމާލޭ ސެންޓްރޯ މޯލް ކައިރީގައި އެ މާރާމާރީ ހިންގީ. ޒަހަމްވި މީހާ ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައި،" ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ. މާރާމާރީ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި 23 އަހަރުގެ ޒުވާނާއަށް އަނިޔާވެފައިވަނީ، ހުޅުމާލޭ 122-125 ފްލެޓް ކައިރިން ސައިކަލުގައި ދަނިކޮށް އިތުރު މީހަކު އޭނާއަށް ހަމަލާ ދިނުމުން ސިކަލް ކޮންޓްރޯލް ނުކުރެވި ކާރެއްގައި ޖެހިގެންނެވެ. މަލޭގައި ދޭތެރެ ދޭތެރެއިން މާރާމާރީތައް ހިންގައި ބައެއް މީހުން ވަނީ މަރު ވެސް ވެފައެވެ.
ހުޅުމާލޭގައި ރޭ ދެ މާރާމާރީއެއް ހިންގައި ދެ މީހަކު ޒަހަމް ކޮށްލައިފި
ވޮޝިންޓަން (ޖަނަވަރީ 14) : ސޫރިޔާގެ ކުރުދީން ޖަމާއަތްތަކަށް ތުރުކީން ޙަމަލާދީފި ނަމަ ނުވަތަ އެޖަމާއަތްތަކާ ދެކޮޅަށް ހަނގުރާމަ ފަށައިފި ނަމަ ތުރުކީގެ އިގްތިސާދު ހަލާކުކޮށްލާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ. ތުރުކީއަށް އިންޒާރު ދެއްވައި ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ "ކުރުދީންނަށް ހަމަލާދީފި ނަމަ އިގްތިސާދީ ގޮތުން ތުރުކީ ފުނޑާލާނެ" ކަމުގަ އެވެ. އަދި ތުރުކީގެ ނުރައްކަލުން ސޫރިޔާގެ ކުރުދީން ހިިމާޔަތް ކުރުމަށް ޓަކައި 20 ކިލޯ މީޓަރުގެ ބަފަޒޯން އެއްވެސް ސޫރިޔާގެ އުތުރުގައި ގާއިމް ކުރާނެ ކަމަށާއި އެ ސަރަހައްދަށް ތުރުކީއަށް ގާތް ނުވެވޭނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ދެއްވި އެެވެ. މިއީ އެމެރިކާގެ ބައިވެރިން ކަމަށްވާ ސޫރިޔާގެ ކުރުދީ ޖަމާއަތްތަކުގެ ދިފާއުގައި ތުރުކީއާ ދެކޮޅަށް ޓްރަމްޕް ދެއްވި އެންމެ ހަރުކަށި އިންޒާރު ކަމަށް މުރާސިލުން ވަނީ ސިފަކޮށްފަ އެވެ. ނަމަވެސް ޓްރަމްޕްގެ އެހެން ޓުވީޓެއްގައި ތުރުކީ ރުޅިއަންނަ ފަދަ ހަރަކާތްތައް ނުހިންގުމަށް ސޫރިޔާގެ ކުރުދީންނަށް ވެސް ގޮވާލައްވާފައިވެ އެވެ. ޓްރަމްޕްގެ މިއިންޒާރަށް ރައްދު ދެމުން ތުރުކީން ވަނީ އެމެރިކާއަށް ވެސް އިންޒާރު ދީފަ އެވެ. ތުރުކީގެ ރިޔާސަތުން ދިން މި އިންޒާރުގައި އެމެރިކާއަށް އަންގާފައި ވަނީ ޓެރަރިސްޓުންނާ ގުޅުންތައް ބާއްވައިގެން ތުރުކީ ބައިވެރިއެއްގެ ގޮތުގައި އެމެރިކާއަށް ނޯވެވޭނެ ކަމަށެވެ. މިގޮތުން އެމެރިކާއަށް އޮތީ ބައިވެރިއެއްގެ ގޮތުގައި ތުރުކީ ނޫނީ ސޫރިޔާގެ ކުރުދީ ޖަމާއަތްތައް މިދެ ފަރާތުންކުރެ ފަރާތެއް އިޚްތިޔާރުކުރުން ކަމަށް ޓްރަމްޕަށް ރައްދު ދިނުމުގެ ގޮތުން ތުރުކީގެ ރިޔާސަތުން ނެރުނު ބަޔާން ބުނެ އެވެ. ކުރުދީ ޖަމާއަތްތަކަކީ ޓެރަރިސްޓުން ކަމަށް ސިފަކޮށް އެޖަމާއަތްތަކާ ގުޅުންބައްވައިގެން ތުރުކީ ބައިވެރިއެއްގެ ގޮތުގައި އެމެރިކާއަށް ނޫޅެވޭނެ ކަމަށް ވެސް ތުރުކީގެ ބަޔާން ބުނެ އެވެ. ސޫރިޔާގެ ކުރުދީ ޖަމާއަތްތަކަކީ ތުރުކީގެ އަމަނާއި ސަލާމަތަށް ނުރައްކާކުރާ ޓެރަރިސްޓް ޖަމާއަތްތަކެއް ކަމަށްވެފައި ތުރުކީއަކީ ނޭޓޯގެ މެންބަރެއްގެ ގޮތުންނާއި އެނޫން ވެސް ގޮތްގޮތުން އެމެރިކާގެ ސްޓްރެޓީޖިކް ބައިވެރިއެއް ކަމަށްވާ އިރު އެމެރިކާ އިން ކުރުދީ ޖަމާއަތްތަކާ ގުޅުންތައް ބާއްވަންޖެހޭނެކަން ތުރުކީވިލާތުން ގަބޫލެއް ނުކުރެ އެވެ. ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންވަނީ އެމެރިކާއަށް މުހިއްމީ ޓެރަރިސްޓުންތޯ ނޫނީ އެމެރިކާއާ އެކު ސްޓްރެޓީޖިކް ގުޅުންތައް އުފައްދާފައިވާ ބައިވެރިޔާ ކަމަށްވާ ތުރުކީ ތޯ ސުވާލު ކުރައްވައިފަ އެވެ. އެމެރިކާގެ ސިފައިން ސޫރިޔާއިން ބާލާނީ ތުރުކީ ސިފައިން ސޫރިޔާގެ ކުރުދީ ޖަމާއަތްތަކަށް ހަމަލާ ނުދޭނެކަމުގެ ގެރެންޓީ ތުރުކީ ސަރުކާރުން ދިނުމުން ކަމަށް ވިދާޅުވެ އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ޖޯން ބޯލްޓަން މިދިޔަ ހަފްތާގައި ދެއްވި ބަޔާނަށް އުރުދުޣާން ވަނީ ކޯފާވެވަޑައިގެން ބޯލްޓަންއަށް ފާޑުވިދާޅުވެފަ އެވެ. އަދި ބޯލްޓަން ތުރުކީއަށް ވަޑައިގަތުމުން ބޯލްޓަން އާ ބައްދަލުކުރެއްވުމަށް ވެސް އުރުދުޣާން ވަނީ މިމައްސަލައާ ގުޅިގެން ދެކޮޅު ހައްދަވައިފަ އެވެ. ނަމަވެސް ފަހުން އެމެރިކާ ބުނެފައި ވަނީ ކުރުދީން ހިމާޔަތްކުރާނެ އެހެން ގޮތެއް ހޯދުމަށް ފަހު ސޫރިޔާ އިން އެމެރިކާ ސިފައިން ބާލާނެކަމުގަ އެވެ. ތުރުކީން ވަނީ އެމެރިކާ ސިފައިން ސޫރިޔާއިން ފޭބިޔަސް އަދި ނުފޭބިޔަސް އެމެރިކާގެ ތާއީދު ލިބިފައިވާ ސޫރިޔާގެ ކުރުދީ ޖަމާއަތްތަކާ ދެކޮޅަށް އަސްކަރީ ފިޔަވަޅުތައް އަޅައި އެޖަމާއަތްތައް ބަލިކޮށްލާނެ ކަމުގެ އިންޒާރު ދީފަ އެވެ. އެމެރިކާ ސިފައިން ސޫރިޔާގެ އުތުރުން ބޭލުމަށް ނިންމީ ވެސް ތުރުކީގެ ފިއްތުންތަކާ ގުޅިގެންނެވެ. (ނޫސްއެޖެންސީތައް)
ތުރުކީގެ އިގްތިސާދު ހަލާކުކޮށްލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި
"އޯޓަމް ބްލޭޒް"ގޭގެ މައިދޮރު ހުޅުވާލާފައި އަމްރާން ގޭތެރެއަށް ވަނުމާއިއެކު ފޯނު ކޯލެއް އައިސްގެން ހެޑްސެޓް އަޅާލުމަށްފަހު އިށީދެލީ ކައުޗްގައެވެ. ސިޓިންރޫމްގެ ތަޅުންމަތީގައިވާ މާބްލްގެ އޮފްގަދަކަމުން މޫނުވެސް ފެންނަފަދައެވެ. އެހާ ވިދައެވެ. ފްރެންޗް ސްޓައިލަށްވާ ކުޑަދޮރުތަކުގައި ދަމާފައިވާ ރަންކުލައިގެ ފަރުދާތަކުގެ ތިރީ ބައި ހުދު މާބްލްތަކާއި މައްލަވަކޮށްލާއިރު ލޯތަކަށް އަރާމުވާހާ ފުރިހަމައެވެ. ފާރުގައި ވާ ކުރެހުންތަކާއިއެކު ލެދާ ފަރުނީޗަރު ސެޓު އަދި ޗާންދަލިޔާތަކައި ބިތުގައި ހަރުކޮށްފައިވާ ޑިޒައިނާ ބޮކިތައްވެސް ތަނުގެ ހައިބަވަންތަކަން އެތައް ގުނަ އިތުރުކޮށްދެއެވެ. އޭސީގެ ފިނިކަމާއިއެކު ހިތްފުރޭފަދަ ލުއިވަހެއް ތަނުގައި ހިފާލާފައިވިއެވެ. ފޯނަށް ގެއްލިފައި އިންދާ ފަހަތުން އައިސް ކޮންމެވެސް މީހަކު މަޑުމަޑުން ބައްދާލައިފިއެވެ. ފިނި އޮމާން އަތްތިލައިގެ ބީހިލުމުން އަމްރާންއަށް ވަގުތުން ކާކުކަން އެނގި އެދެއަތްތިލައިގާ ހިފަހައްޓާލާފައި ބޮސްދިނެވެ. ކުޑައިރު އޭނަގެ ބޮލުގައި ރިއްސާލިޔަސް އެ އަތުގެ އެންމެ ބީހިލުމަކުން ޝިފާ ލިބޭ އޭނަގެ މާމަގެ "ހީލިން" އަތެވެ. އެއަތް ޖައްސާލާއިރަށް ލިބޭ އަރާމަކުން ދެލޯ މަރައިލެވެއެވެ. އޭނައަށް ތަންދޮރު ވަކިވާން ފެށީއްސުރެ މާމަގެ އަތަށް އޭނަ ދިން ނަމަކީ އެއީއެވެ. "މާމާ..." އަމްރާން ހުރިހާ ކަމެއް ހުއްޓާލާފައި ތެދުވެ މާމަގެ ގައިގާ ބައްދައިލީ އިހުތިރާމް އަދި ލޯބި އެކުލެވޭފަދަ ގޮތަކަށެވެ. ބޮޑުދައިތަމެންނާއިއެކު ދިރިއުޅުނަސް ދޭތެރެއިން ފިރިހެންދަރިފުޅަށް ޒިޔާރަތްކޮށްލާ ހެދުމަކީ މާމަގެ އުފަލެކެވެ. "މާމަގެ ނާއިބު ރައީސްއަށް މަރުހަބާ. ހަޔާތުގައިވެސް މާމައަށް ލިބުނު އެންމެ ބޮޑު އުފާ. މާމަގެ ދަރިއަކު ރާއްޖޭގެ ވެރިކަމުގެ ހުންނަތަން ދެކޭހިތުން ލޯ ބޭގަރާރު ވި ދުވަހެއް އައި......" މާމަ އަމްރާންގެ އިސްތަށިގަނޑާއި ބުރަކަށީގައި ފިރުމަ ފިރުމާފައި ވާހަކަދެއްކިއިރު އެލޮލުގައި ވިދަވިދާ ހުރި ކަރުނައިގެ ތިކިތަކަކީ އުފަލުގެ ކަރުނައެވެ. އަމްރާން ނާއިބު ރައީސަކަށް ވުމުގެ އުފަލުގައި މާމައަށް ރޮވުނީއެވެ. މާމައާއި ވާހަކަދައްކާލަން އަމްރާން ސޯފާގައި ޖައްސާލުމާއިއެކު މާމަ ފެށި ވާހަކައަކުން ތޮބީއަތު ގޯސްވާގޮތް ވިނަމަވެސް އޭނަ އެކަމެއް މޫނުމަތިން ނުދައްކައެވެ. މާމަ އެދުނީ އަވަހަށް ކައިވެންޏެއް ކުރުމަށެވެ. ދިރިއުޅުމުގެ ހުންގާނުގައި ހަވާލުވާން ވަފާތެރި ގެވެހި އަންބެއް ހުންނަން ޖެހޭނެކަމުގައެވެ. މާމައާއި ބައްދަލުވާ ކޮންމެ ފަހަރަކު ކައިވެނި ކުރަން ބާރު އަޅައެވެ. މިފަހަރުވެސް މާމަގެ ހޮވުމަށް ވީ މުއްސަދި އާއިލާތަކުގެ ސްޓައިލިޝް އަންހެންކުދިންނެވެ. އެކިކުދިންގެ ނަންތައް ކިޔާފައި އަމްރާންއަށް ކަމުދާ އަންހެންކުއްޖަކު ހުރިތޯ އެހިއެވެ. އަމްރާން ހީލަ ހީލާ އިނަސް ހިތުތެރޭގައި އެކަމަށް އެއްވެސް ޝައުގެއް ނެތެވެ. އަންހެނުންނަށް އިތުބާރުކުރެވޭނީ ކިހިނެއް ހެއްޔެވެ. މާޒީގެ ހިތި ހަނދާންތައް އަދިވެސް އަމްރާންގެ ހިތަކުން ނުފިލައެވެ. މާގިނަ އިރުތަކެއް ނުވަނީސް އޭނަގެ ބައްޕަ އަބުދުލްއަޒީޒު ނިކުންނެވިއެވެ. އަމްރާން ބައްޕައަށް އިހުތިރާމް އަދާ ކުރުމުގެ ގޮތުން ތެދުވުނެވެ. ދަރިފުޅު ގެނެސް މޭގައި ޖައްސަވައިލެއްވީ ފިސާރި ޖޯޝާއިއެކުގައެވެ. އަބުދުލްއަޒީޒު ގެ ފުރާނަފަދަ ލޯބިވާ ދަރިފުޅަށްޓަކާ މާލާއި ޖާނުންވެސް ގުރުބާންވާން އޭނަ ހުންނަވަނީ ތައްޔާރަށެވެ. އޭނަގެ ހުރިހާވެސް އުފަލަކީ މި ފިރިހެންދަރިފުޅެވެ. އަމްރާން ދުނިޔެއަށް ނޭވާލީ ފުރަތަމަ ދުވަހު އެ ތުއްތު ދަރިފުޅު ފެނުމާއެކު އަބުދުލްއަޒީޒު އެކުއްޖާދެކެ މޮޔަވާހާ ލޯބިވިއެވެ. އެޖެހުނު ވަރުގަދަ ލޯތްބަކީ އެހެން ބައްޕައަކު ދަރިއަކުވާފަދަ ލޯތްބަށްވުރެ މަތިވެރި ލޯތްބެކެވެ. ލޮލުގެ ކުރިމަތިން އެންމެ ފަހަރަކުވެސް ދުރަށްދާން ނޭދޭ ދެލޮލުގެ ނޫރެވެ. "މަރުހަބާ އައިމް ސޯ ޕްރައުޑް އޮފް ޔޫ މައި ސަން......." "ތެންކިއު ޑޭޑް ޑޭޑްގެ ބްލެސިންއާއިއެކު މިފަދަ ނަސީބެއް ލިބުނީ..........." އަމްރާން ހީލުމުން ހުދުހުދު ދަތްތައް ވިދައިލިފަދައެވެ. މެންދުރަށް ކާން ތައްޔާރުކޮށްފައިވާ އިރު ސުފުރާމަތީގައި އަމްރާން ހިތް އެދޭ ބާވަތުގެ ހުރިހާ އެއްޗެއް ހުއްޓެވެ. ޚާއްސަކޮށް ގްރިލްޑް ކުކުޅު އަދި ފިހުނު މަހާއި ރޮށްޓާއި ބިރިޔާނިއެވެ. ޕާސްތާއާއި ބީފްއެވެ. ސެލެޑްތަކެވެ. ގޮނޑިތަކުގައި ހަމަޖެހިލުމަށްފަހު ކޮންމެވެސް ވަރަކަށް ސިޔާސީ ވާހަކަތަކާއި އާއިލީ ވާހަކަތައް ދެކެވުނެވެ. އެވާހަކަތަކުގައި ތިއްބާ ފޯނު ކޯލެއް އައުމުން އަބުދުލްއަޒީޒު ފޯނުނަގާފައި މޫނުމައްޗަށް ވެރިވި ނުތަވަސްކަމުން ބޮޑުކަމެއް ވެއްޖެކަން އަމްރާން ދެނެގަތެވެ. ފޯނު ނިންމުމަށްފަހު އަބުދުލްއަޒީޒު ތެދުވެންނެވިއެވެ. "ހަމްދާންގެ ދެމަފިރިންވެސް ހުވާކުރުމުގެ ރަސްމިއްޔާތަށް ރާއްޖެ އައި މަގުމަތީގައި ދުބާއީގައި މަޑުކޮށްލީ. ކާރު އެކްސިޑެންޓެއްގައި ވަރަށް ބޮޑުވަރުވެ އައިސީޔޫގައި. ކޮންމެހެންވެސް ފުރަން މިޖެހުނީ. އެކަމަކު އިރާދަކުރެއްވިއްޔާ އެގާރައިގާ މާލޭގައި ހުންނާނަން......." އަބުދުލްއަޒީޒު އޭނަގެ މަންމަގެ ނިތްކުރީގައި ބޮސްދިނެވެ. ދަރިފުޅާއިވެސް ބައްދާލުމަށްފަހު ސަލާމްކޮށްލިއެވެ. ހަމްދާންއާއި އަބުދުލްއަޒީޒު އަދިވެސް އެމީހުންނާއެކު ކިޔެވި ގާތްއެކުވެރިންގެ ދޭތެރޭ އޮތް ދުވަސްވީ އެކުވެރިކަމާއި ގުޅުން ބަދަހިވެފައިވަނީ މިސާލު ޖެހޭވަރަށެވެ. ހަމްދާންގެ އެކްސިޑެންޓްގެ ވާހަކަ އިވުމާއިއެކު އެންމެ މިނިޓެއްވެސް ދުއްވާ ނުލާ އެކުވެރިޔާއާއިއެކު ވުމަށް އަބުދުލްއަޒީޒު އެ ގާތްގުޅުމެވެ. އަމްރާން އޭނަގެ ކޮޓަރިއަށް ވަނުމާއެކު ތަފާތު ޚިޔާލުތައް ސިކުނޑިއަށް ވެރިވެގަތެވެ. އެކި ހަނދާންތަކާއި ގުޅިފައިވާ މި ގެއަކީ ކޮންމެގޮތެއް ވިޔަސް އޭނަގެ އަމިއްލަ ގެއެވެ. ސްވީޓް ހޯމްއެވެ. ތަނަވަސް އެޕާޓްމެންޓެއްވަރުގެ ކޮޓަރިތެރެ ތަނަވަސްކަމުން ނިއުޔޯކްގައި އޭނަ އުޅުނު އެޕާޓްމެންޓަށްވުރެ ތަންފުކެއް ދެރައެއް ނޫނެވެ. ލޮލަށް ހިތްފަސޭހަ ލައިޓްތަކާއިއެކު އެ އުމުރުގެ ޒުވާނަކާއި އެންމެ އެކަށީގެންވާ ކުލަތަކުން ކޮޓަރީގެ ފާރާއި މާބްލް އަދި ފަރުނީޗަރަށް ދާންދެން ހޮވާފައިވާއިރު ވޯކިން ކްލޯޒެޓާއި ތަނަވަސް ފާޚާނާވެސް އެންމެ ހިތްހަމަޖެހޭހާ ހިތްގައިމެވެ. ލޯތައް އާޝޯޚުވާފަދަ ޑިޒައިންތަކެވެ. ސޫޓު ބާލާފައި ކޮނޑުގައި އެޅުވިއެވެ. ހަމައެކަނި ފަޓުލޫނުގައި ހުރެ ލޯގަނޑު ކައިރީ ހުއްޓި އަތުކުރީގައިވާ ގަޑި ބޭލިއެވެ. "ހެހެ ގްރޭންވެސް ދޯ. މީހަކާއި ނީދެގެން އަދި ސަލާމަތްވާ ހިސާބަކަށް ނުދޭ. އެކަމަކު އައިމް ގޮއިން ޓު ބީ ތާޓީ ދޯ. ފިރިހެނަކާއި ބަލާއިރު ކެތްގަދަ މީހެއްނު. ކާކާ ވަކި އިންނާނީ........." އެއް މިޔަކަނުން ހީލަމުން ލޯގަނޑަށް ބަލާލެވުމާއިއެކު ލޯގަނޑުން ފެންނަން ހުރި އޭނަގެ ހިތްގައިމު ސޫރަ ފެނުނެވެ. މީހަކު ޓަކިދިނުމުން ކަންނެތް ހިނގުމެއްގައި އައިސް ދޮރު ހުޅުވައިލިއިރު އޭނަގެ ކަނައަތް ކަމަށްވާ އަޒިކިއަލްއެވެ. އަޒިކިއަލްއަކީ އޭނަގެ "ބޮޑީމޭން"އެވެ. ހަމައެކަނި ހަށިފާރަވެރިޔާއެއްވެސް ނޫނެވެ. އޭނަގެ ޕާސަނަލް އެސިސްޓެންޓަށް ވެފައި ގާތް އެކުވެރިއާވެސް މެއެވެ. އޭނަގެ ހުރިހާ ސިއްރުތައް އެނގޭނީ އަޒިކިއަލްއަށެވެ. ކޮންމެ ކޮންމެ ވާހަކައެއް ދައްކައިލެވޭހާ ގުޅުން ދެމީހުން ދޭތެރޭ އޮވެއެވެ. "ކަލޭ ކޮޓަރިއަށް ވަންނާކަށް ގަޑިއެއް ގަޑިއެއްވެސް ނޯވޭ ދޯ......." އަމްރާން އެތެރެއަށްވަދެ ދޮރު ލައްޕާލައިފިއެވެ. "ހަދާންވާވަރުން ނޯވެވިގެން....." އަޒިކިއަލް ހިނިގަނޑެއް ޖަހައިލިއެވެ. "ކަލޭ އަންހެނަކަށް ބަދަލުވީ ކޮންއިރަކު ހަދާން ތިވަނީ. އަންބަކަށް އެކަށީގެންވާ ކަހަލަ އަންހެންކުއްޖަކު ހޯދަދީބަލަ..........." އަމްރާން ސަމާސާ ރާގަކަށް ބުނެލިއެވެ. "އެހެރީ ނު ހަޔާތީ. ޝަރުތުކޮށްފައެއްނު އެއްކަލަ ވިހި މިލިއަން ރުފިޔާ ކޭސް އިހަށް ޑިލޭ ކޮށްލީ. އަހަރެމެން ބޭނުންވާ ގޮތަށް އެއްބަސް ނުވަންޏާ އަނެއްކާ އެ ކޭސް ފައިލް ކުރަން ޖެހިދާނެކަން އަންގާފަ އޮތީ. ޝީ ވޯޒް ޑެސްޕެރެޓް. ވަރަށް ހާލުގައި އެކުއްޖާ އުޅެނީ. އެހެންވެ ކަން ނޭގޭ މެއިޑަކަށް ހުރެދޭނަން ހެއްޔޯ އެހީމަވެސް ވަގުތުން އާއެކޭ ބުނީ. އެޗްއެމް ގަތްފަހުންމިހާރު އޭނަ ވޯކްކުރަނީ ކުރީގެ ސަރުކާރަށް އަޅުވެތިވެ ގޮސް ހުސްވެފައިވާ ނިއުސްޕޭޕަރަށް. އަދިވެސް ކުރިން އުޅުނު އެޕާޓްމެންޓްގައި ހަޔާތީ އެކަނި މާ އެކަނި ދިރިއުޅެނީ. އޭނަގެ މަންމަ ކެންސަރަށް ފަރުވާކުރަން އަދިވެސް ބެންގަލޫރުގައި ފިރިހެންކޮއްކޮއާއިއެކު ހުރީ. ފިރިހެންކޮއްކޮ ކޮންމެވެސް ކޯހެއް ހަދަނީޔޯ. ހަޔާތީ ގެނެސް ހެދުން ދޮވެއިސްތިރިކުރުވާ ޕާސަނަލް މެއިޑަކަށް ދުވަސްކޮޅަކަށް ބަހައްޓާ. ހިތްހަމަޖެހެންޏާ މެރީ ކުރެވިދާނެ. ބަލައިލަން ރީތި. ތަންކޮޅެއް ރުޅިގަދަ ރުންކުރުކުއްޖެއް....... " އަޒިކިއަލް ބުނެދިނެވެ. "ޔޫ އާ ރައިޓް. ސޫޓުތަކާއި އެއްޗެހި ދޮވެ އިސްތިރިކޮށް ކައްކަން އެނގޭ ކުއްޖަކު މުހިއްމު......." އަމްރާން ވިސްނާލާފައި ބުނެލިއެވެ. " އައި ވިލް ޓޯކް ޓު ހާ...." "އަހަރެންގެ ފަރާތުން ޕްރޮޕޯސްކޮށްލަންވީނު...." އަމްރާންއަށް މަޖާވިއެވެ. "ސީރިޔަސްތަ؟ " "ނޮޕް. މާމަމެން ބާރު އެބައަޅާ މީހަކައި އިންނަން. އަހަރެން އެކަން ސީރިޔަސްކޮށް ކުރާ ހިތެއްނެތް. މީހުންނަށް ދައްކަން މީހަކާ އިންނަން ވެއްޖެއް ހާލަތެއްގައި ހަޔާތީ ކަހަލަ އަންހެނަކު ދޯ ހޯދަން ޖެހެނީ؟ އޭނަ ދޯ ބުނީ އިންނާނެ މީހަކު ނުވާނެއޭ....." އަމްރާން ހަދާންކޮށްލަދިނެވެ. "މިގެއަށްވުރެ ފިނިފެންމާ ގިނަ ގެއެއް ރާއްޖެއަކު ނުވާނެ. އެކިކުލައިގެ ފިނިފެންމާ ވެޔޮތަކާއި ގަސްތަކުން ގޭގައި ރޯޒްގާޑަންއެއް މިއޮތީ. ސޯ މިތަނުން ރޯޒް ބުކޭއަށް ގެންގޮސްފައި ބުނާނަން އަމްރާންފޮނުވީއޭ. ވަރަށް ސަޕްރައިޒްވާނެ. ޑޯންޓް ވޮރީ. ކޮންމެގޮތެއް ހަދާފައިވެސް ކޮންވިންސްކުރުވާނަން. އެހެންނޫނަސް އެއްކަލަ ވިހި މިލިއަން ރުފިޔާގެނަން ކިޔާލިޔަސް އެކުއްޖާ ފެއިންޓްވެދާނެ. ޝީ ވިލް ޑޫ އެނީތިން ވީ އާސްކް..." އަޒިކިއަލްގެ ޔަގީންކަން އޮތެވެ. އަބުދުލްއަޒީޒު ދުބާއީއަށް ފޯރުމަށްފަހު ވަގުތުނަގާ ނުލާ އެކުވެރިޔާގެ ހާލުދެކެލަން އައިސީޔޫއަށް ވަންއިރު ހަމްދާން އެންމެފަހުގެ ނޭވާތައް ގުނަނީއެވެ. ހަމްދާންގެ ލޮލުން ކަރުނަ އައުމާއެކު އުދަގުލުން އެންމެ ވަސިއްޔަތެއް ކުރިއެވެ. އޭނަގެ ދަރިފުޅު އެލީން ދަރިއެއް ފަދައިން ބަލާ ދިނުމަށެވެ. ވެވޭނެނަމަ ޅީދަރިއެއްގެ މަގާމު ދިނުމަށެވެ. ފެށުނީއްސުރެ އޭނަދެކެމުން އައި ހުވަފެނަކީ އެއީކަމުގައެވެ. އަބުދުލްއަޒީޒު ހިތްދަތިކަމާއި އެކު ކަރުނަ އަޅާ ހާލުގައި އެކުވެރިޔާއަށް ވައުދުވީ އަމްރާންއާއި އެލީންގެ ކައިވެނި ކޮށްދޭނެކަމުގައެވެ. އެކަމުގައި އަމްރާން ދެކޮޅު ނަހަދާނެކަމަށެވެ. އެލީންގެ ދުނިޔެވެސް ކުނޑިކުނޑިވެގެން ދިޔައީ އޭނަގެ ބައްޕަ ނިޔާވިކަން އެނގިފައެވެ. އެކްސިޑެންޓްގައި މަންމަ ވަގުތުން ނިޔާވިނަމަވެސް ބައްޕައަށް ފަރުވާދޭން އައިސީޔޫއަށް ލުމުން އެލީން އުއްމީދު އާވިއެވެ. ނަމަވެސް ބަދުނަސީބު އެލީންއަށް އޭނަގެ މައިންބަފައިން އެއްދުވަހެއްގައި ގެއްލި ހިތާމައިގެ ކަނޑަކަށް ޣަރަގުވެއްޖެއެވެ. ދުނިޔެއަށް އެކަނިވި އެހިތްދަތި ވަގުތު އޭނަގެ ބައްޕަގެ އެކުވެރިންގެ ފަރާތުން އެހީތެރިކަން ލިބުނެވެ. ބައްޕަގެ ގާތްއެކުވެރިޔާ އަބުދުލްއަޒީޒު އާއިއެކު މާލެ ގެންދަން އޭނަ ނިންމެވިއެވެ. "ބައްޕައެއްގެ މަގާމު ފުރާ ދެވޭނެ އެއްވެސްމީހަކު ދުނިޔެއަކު ނުވާނެކަން އެނގޭ. އެކަމަކު ބައްޕަގެ އަންހެން ދަރިއެއް ނެތުމާއެކު މިއަދުން ފެށިގެން ތީ މި ބައްޕަގެ އަންހެންދަރިއެއްކަމަށް ބަލައިގެންފިން..ޔޫ އާ ކަމިން ވިތް މީ...." އަބުދުލްއަޒީޒު އެލީންގެ އިސްތަށިގަނޑުގައި ފިރުމައިލަމުން ބުނި ޖުމްލައިން އެލީންގެ ހިތަށް ކުޑަނަމަވެސް ފިނިކަމެއް ލިބިގެން ދިޔައެވެ. ނަމަވެސް އެކަރުނަތައް ހުއްޓުމަކީ އެހާ ފަސޭހަކަމަކަށް ނުވާނެއެވެ. ބައްޕައާއި މަންމައާއިއެކު ހޮޓަލަށް އައުމަށްފަހު ކަންނެތްވެފައި އޮތުމުން އޭނަ ބުރުޖު ޚަލީފާ ބަލަން އެދުވަހު ދާ ހިތްނުވީއެވެ. މަންމަމެން އަންނާންދެން ނިދާލާނީ ކަމަށް ބުނެފައި އޭނަ އޮތީ ކޮޓަރީގައެވެ. މަންމަމެންނާއިއެކު ދެވުނުނަމައެވެ. އޭނަވެސްމަރުވި ނަމައެވެ. އަމިއްލައަށް މަރުވާންވެސް އެލީންގެ ހިތަށް އެރިފަހަރު މަދެއް ނޫނެވެ. ނަމަވެސް އަބުދުލްއަޒީޒު ދުރުވެ ދެއްކެވި ވާހަކަތަކުން އޭނައަށް ހިތްވަރު ލިބި ކަރުނަތައް ފޮހެލާފައި ތެދުވެ މައިންބަފައިންގެ ޖަނާޒާގައި ބައިވެރިވާން ކަޅުހެދުމެއް ލައިގެން ތައްޔާރުވާންފެށިއެވެ. މަންމަމެން ނިޔާވެ ދިޔުމުން ހަޔާތަށް އައި އިންގިލާބުގެ ސަބަބުން ލިބުނު މާޔޫސްކަން ފިލުވައިލާ އެމީހުންނަށްޓަކާ އެންމެފަހުގެ އިހުތިރާމާއި ވާޖިބު އަދާންކުރުމަށް އޭނަގެ ޟަމީރު ބާރުއެޅިއެވެ. ކިޔަވައިގެން ހުރި ގާބިލު އަންހެންދަރިއަކަށް ވުމާއިއެކު މައިންބަފައިން އޭނައާއި ދޭތެރޭ ކުރާނެ އުއްމީދުތަކެއް ހުންނާނެއެވެ. އެމީހުން ދުނިޔޭގައި ނެތަސް އެމީހުން ފަޚުރުވެރިވާފަދަ އަންހެންދަރިއަކަށް އޭނަ ވާނެއެވެ. ވާރޭގެ ބޯ ތިކިތައް ކެނޑިނޭޅި "އޯޓަމް ބްލޭޒް"އަށް ހަމަލާދެމުން ދާއިރު އެ އިމާރާތް ފެންނަލެއް ނިކަން ޗާލެވެ. ބޯ ވާރޭގެ ތެރޭގައި ވާރޭ ކޯޓުލައިގެން ދޮރުމަތީގައި ސިކިއުރިޓީއިން ތިބިއިރު އެތެރެއަށްވަނީ އަޒިކިއަލްއެވެ. ވާރޭގެ ތިކިތަކުން ތެމިފައިވާ ލެވެންޑާފިނިފެންމާތަކަށް އެއްވެސް ގެއްލުމެއްނުދީ ކަނޑަން ހުރިއިރު އަޒިކިއަލްގެ މޫނަށްވެސް ވާރޭގެ ތިކިތައް ބުރުއްސާލައެވެ. އޯޓަމް ބްލެޒްގެ އެންމެ ޚާއްސަ ރީތި އެއްސިފައަކީ އެގޭގެ ވަށައިގެން އިންދާފައިވާ ފިނިފެންމާ ގަސްތަކެވެ. ޕޮޓްތަކުގައި ބޭބީ ރޯޒްތަކާއި ކުލަކުލައިގެ ފިނިފެންމާތައް ވާދަކުރާއިރު ތަބުތަކަށް އަރުވާފައި ހުންނަ ވެލުގައިވެސް ފިނިފެންމަލެވެ. ހުސްކޮށް އޮތް ތާގައިވެސް ފިނިފެންމާގަސްތަކެވެ. އެތައް ސަތޭކަ މާތައް ފޮޅިފައިވާއިރު މަލުގެ މީރުވަހުން ޖައްވު އޮންނަނީ ސެންޓުލެވިފައެވެ. ވާރޭގެ ސަބަބުން މިއަދު ފަތްތައް ދޮވެވި މާތައް ވަކިން ތާޒާއެވެ. ގަސްތައް އެހާ ފަރުވާތެރިކަމާއިއެކު ބަލަހައްޓަމުންދާ މީހާއަށް ތައުރީފު ހައްގެވެ. އަޒިކިއަލް ވާރޭ ކޯޓު ފެންޑާގައި އަޅުވާފައި އެތެރެއަށް ވަންއިރު އަމްރާނު ހޫނު ކޮފީއެއް ބޯލަން އިނީ ޓީވީ ހުޅުވާލައިގެންނެވެ. ޕްރިމިއަ ލީގް މެޗެއްގެ ރިކޯޑިންއެވެ. "މިއިން އިރެއްގައި ހުއްޓާލާނެހެން ހިޔެއްނުވޭ. ރޭގައި ކަންނެތްވިވަރުން މެޗް ނުބެލި ނިދުނީ. ކިހިނެއްވަނީ......" މޭޒުމަތީގައި މާތައް ބަހައްޓާފައި އަޒިކިއަލް ސޯފާގައި ޖައްސައިލިއެވެ. އަމްރާން ޓީވީގެ ވޮލިއުމް ދަށްކޮށްލައިފިއެވެ. ކުޑަދޮރުގެ ފަރުދާތަކުން ބަޔެއް ކަހާލާފައި ހުރުމުން ވާރޭވެހޭ ހިތްގައިމު މަންޒަރު ދޮރުތަކުން ފެންނާން ހުއްޓެވެ. އަމްރާންއާއި އަޒިކިއަލް އާއި ދިމާވެ ވާހަކަދައްކާއިރު ދެމީހުން އެއްގޮތަކަށްވެސް ސިޔާސީ ވާހަކައެއް ނުދައްކާނެއެވެ. އެއީ މުޅިން މަނާކަމެކެވެ. އެންމެ ގިނައިން ދެކެވޭނީ ކުޅިވަރުގެ ވާހަކަތައް ނޫނީ ދަތުރުކުރުމާއި ވިޔަފާރި ނޫނީ ތާރީޚީ ވާހަކަތަކެވެ. މަދުންނަމަވެސް އަންހެންކުދިންގެ ވާހަކަތައް ދެކެވުނަސް އަމްރާން އެވާހަކައަށް ޝައުގުވެރި ނުވާކަން އަޒިކިއަލް ދަނެއެވެ. "ބައްޕަ ދުރުވަނީ ކޮންއިރަކުން......" އަޒިކިއަލްވެސް ކޮފީއެއް ހަދައިގެން އައިސް ހޫނު ކޯވަރެއް ބޯލިއެވެ. "ފަހަރެއްގައި މާދަން. ކޭޒިއާ ހޮޓެލްސް އޯނާވެސް ކުއްލިއަކަށް ދުނިޔެއާއި ވަކިވީ. ބައްޕަގެ ސްކޫލް ދައުރުގައި އެއްކޮށް އުޅުނު ގްރޫޕް އެންމެން އަދިވެސް އެކުވެރިކަން މަތީގައި އުޅެނިކޮށް ކޭޒިއާ ހަމްދާން ނިޔާ ވީ. ބައްޕަގެ އެންމެ ގާތް އެކަކު.......އަދި ދެމަފިރިން އެކީގައި. އެލީންވެސް އެކަނިވީ....." އަމްރާން ބުނެލިއެވެ. "ހަމްދާންގެ އަންހެންދަރިފުޅަކީ ހަމަ ޖަވާހިރެއް. އެވަރު ކުއްޖަކާއި ނޫނީ ނާއިބު ރައީސްނުގުޅޭ......" އަޒިކިއަލް ބުނެލިއެވެ. "ކޮންއިރަކު މެއިޑަށް ތި ރޯޒް ގެންގޮސްދެނީ؟ " އަމްރާން ވަގުތުން މައުޟޫ އޮޅުވާލައިފިއެވެ. އަންހެންކުދިންނާއި ބެހޭގޮތުން ވާހަކަދައްކަން ފަސޭހައެއް ނޫނެވެ. އަޒިކިއަލް ހައިރާންވަނީ އަމްރާން ހަޔާތީދެކެ ކުރާ ނަފްރަތާއިއެކު ގައި ވެސް ހަޔާތީގެ ވާހަކަދެކެވެންޏާ ގަޔާވާތީއެވެ. "މިހާރުވެސް ވިދާޅުވެއްޖެއްޔާ ހަމަ މިނައްޓައިލީ..." އަޒިކިއަލް ވަގުތުން ތެދުވެ ސެލިއުޓެއްކޮށްލުމުން އަމްރާން ހިނި އައެވެ. "ނޫން އިހަށް މަޑުކޮށްލާ. މީގެ މާނަ ބުނެބަލަ. މި ކުލައިގެ ފިނިފެންމާ..." އަމްރާން އެއްބުމަ އަރުވައިލިއެވެ. "ލެވެންޑާ ކުލައިގެ ފިނިފެންމާ އަކީ އެންޗާންޓްމެންޓް މެޖެސްޓީ ލަވް އެޓް ފަސްޓް ސައިޓް...." އަޒިކިއަލްގެ ޖަވާބުން އަމްރާން މަޖާވެފައި އަނގަޔަށް ގޮތެއް ހަދައިލީ ހަގީގަތުގައިވެސް އޭނަގެ ފަރާތުން އެ މާތައް ހަޔާތީއަށް ހައްގުހެއްޔޭ އަހާލާފަދަ ގޮތަކަށެވެ. އަޒިކިއަލްވެސް ހީލިއެވެ. ހަޔާތީ ހައިރާންވީ އަޒިކިއަލް ލެވެންޑާ ކުލައިގެ ފިނިފެންމާ ބުކޭއެއް ހިފައިގެން އައުމުންނެވެ. ވާރެޔާ ތެމިފައިވާ މާތައް ރީތިކަމުން ހަޔާތީއަށް ބުނާނެ އެއްޗެއްވެސް ނޭގުނެވެ. ނަމަވެސް އަޒިކިއަލްގެ މޫނަށް ބަލައިލުމާއިއެކު ރުޅިގަދަވެގެންގޮސް އެ މާތައް އަތުކޮޅަށް އެއްލާލައިފިއެވެ. "މިސްޓަރ އަމްރާންގެ ޕާސަނަލް މެއިޑަކަށް ދުވަސްކޮޅަކަށް އަންނަން ކެރޭނެތަ؟ " "އައްޗީޑި. މެއިޑަކަށޭ؟ " ހަޔާތީ އަނަގަޔަށް ހަދައިލިގޮތުން ވިހައެއް ކެވުނުފަދައެވެ. "ރާއްޖޭގެ ވައިސްޕްރެޒިޑެންޓްގެ މެއިޑަކަށް އައީމަ ލިބޭނެ ސެލެރީ އެނގޭތަ؟ ނޫސްވެރިޔަކަށް ހުރެގެން ލިބޭ ފައިސާގެ ދިހަގުނަ ގިނަވާނެކަން ހަދާން ކުރޭ. އެހެންނޫނަސް ކޮބާ ޑީލް؟ ހަޔާތީ ބުނީމެއްނު ބުނި ކޮންމެކަމެއް ކޮށްދޭނަމޭ. އައިމް ހިޒް ޕީއޭ ސޯ އަހަރެން އޭނަގެ ކަންތައްތަކާ ހަވާލުވެ ހުންނަނީ. މައްސަލައެއްނެތޭ ނޫސްވެރިކަން ކުރަމުންވެސް ބައެއް ގަޑިތަކުގައި އެގެއަށްގޮސް ހަމައެކަނި މިސްޓަރ އަމްރާންގެ ހެދުންތައް ދޮވެލާ އިސްތިރިކޮށް ތަންމަތި އަޅާ އެކަހަލަ ކުދިކަންތައް ކޮށްލަދޭނީ. އޯކޭތަ؟ " އަޒިކިއަލް ވާހަކަދެއްކިއިރު ހަޔާތީ ހުރީ ދެލޯ ބޮޑުކޮށްގެންނެވެ. "އިޑިއަޓް...." ހަޔާތީ ގެ އަތް ވައިގެ ތެރޭ ހިންގައިލިއެވެ. އަޒިކިއަލް އަޅާވެސްނުލާ ހަޔާތީ ދިން ހޫނު ހަދިޔާ ބަލައިގަތެވެ. ނާޒުކް އަންހެންކުއްޖެއްގެ އެފަދަ އެތިފަހަރަކުން އަޒިކިއަލް ފަދަ ވަރުގަދަ ޒުވާނަކަށް އެހާ ތަދު އިހުސާސް ނުކުރެވޭއިރު އެއަތުގައި ހިފާ ހުއްޓުވުމުގެ މާނައެއް އޮތްކަމަކަށް ނުދެކެނީއެވެ. "ތީ ކަލޭމެންގެ މަސައްކަތް ދޯ. ނިކަމެތި އަންހެންކުދިން ބްލެކްމެއިލްކުރަމުން އުދަގޫކުރަމުން ފަހަތުން ނުނެއްޓިގެން އުޅުން. ކަލޭމެން އަހަރެންގެ ނުސްވެރިކަން ބަރުބާދުކޮށްފި. އެޗް އެމް އަތުލައިގެންފި. އެވަރުންވެސް ނުފުދުނު. މިހާރުވީ ނާއިބު ރައީސްގެ ހެދުންތައް ދޮންނަން ދާން. އަގް.....ހާދަ ފޫއްސޭ. އަހަންނަށް މާ މޮޅު ކަމަކަށްވެގެން ފައިސާއާއި ހެދި އުޅޭނެކަމައް ހީވެގެން ދޯ. ގޮސް ބުނޭ ބޭނުމެއް ނުވެއޭ..." ހަޔާތީ އެތިވަރު ގޮވާލުމުން އަޒިކިއަލް ހީލާފައި ބުނީ ޚިޔާލު ބަދަލުވެއްޖެއްޔާ އޭނައަށް ގުޅާލުމަށެވެ. ހަޔާތީ ބާރަކަށް ދޮރު ލައްޕާލާފައި އެތެރެއަށްވަދެ ދޮރުތަޅުލައިފިއެވެ. އަޒިކިއަލް ގެ ބޫޓުގެ އަޑު ކެނޑުމުން ނުކުމެ ދެފަރާތް ހޯދާލާފައި ގުދުވެ އެ ރީތި ފިނިފެންމާ ބުކޭ ނެގިއެވެ. އެމާތަކުގެ ކޮން ކުށެއް ހެއްޔެވެ؟ ހާދަ ލޯތްބެވެ. ހާދަ ރީއްޗެވެ. ފިޔަމަތީ ޝަބްނަމްގެ މުތީތައް ވިދާގޮތް އެހާ ޗާލެވެ. އެތެރެއަށް ވަންއިރު ކަފަލޮލީ ކަންނެތްކަމާއެކު ރަޖާގެ ހިމާޔަތުގައި ނިދާލާފައި އޮތެވެ. ވާރޭގެ ހިތްގައިމު އަޑު ފަޒާ ގުގުމާލިއެވެ. ދަންވަމުން ދިޔަވަރަކަށް ފިނީގެ އުދަގޫ ބޮޑުވެ ހަށިގަނޑު ގަޑުފެންކޮޅަކަށް ވާގޮތްވިއެވެ. ހަޔާތީ ބޮލާއިއެކު ރަޖާ އޮޅާލައިގެން ބާލީސްތަކާއި ބައްދައިގެން ފިނިން ސަލާމަތްވާން މަސައްތަތްކުރިއެވެ. ސިކުނޑި ހިމޭންވާގޮތެއް ނުވިއެވެ. ވިސްނެނީ އަޒިކިއަލްގެ ހުށަހެޅުމާއިމެދުގައެވެ. ބޮޑު އަގެއް ލިބެންޏާ ކޮންމެފަދަ ކަމެއް ކުރަންވެސް އޭނަ މިހިރީ ތައްޔާރަށެވެ. މަޖުބޫރީ ހާލަތްތަކުން އަރައިގަންނަން އޭނަ ހާދަ މަސައްކަތްކޮށްފިއެވެ. އަދި ކާމިޔާބުވާގޮތެއް ނުވިއެވެ. އަމްރާންއާއި އިމާދުއްދީން ހުވާކުރުމުގެ ރަސްމިއްޔާތަށްޓަކާ މާލެއަށް އިއްޒަތްތެރިން ވަޑައިގަންނަވަން ފައްޓަވައިފިއެވެ. އެކި ގައުމުތަކުގެ މަންދޫބުންނެވެ. ޖަމްއިއްޔާތަކަށްވެސް ދައުވަތު ދެވިފައިވިއެވެ. އެލްޑީޕީގެ ވެރިކަން ނުފެށިގެން އެތައް ރައްޔިތުންނެއް އިންތިޒާރުގައެވެ. ރަގަޅު ބަދަލަކަށް ބަލަބަލައެވެ. މާރާ މާރީތަކާއި މަސްތުވާ އެއްޗިއްސާއި ދީނާއި ދެކޮޅު މީހުން ގިނަވުން އަދި މުޖުތަމައުގައި ހިނގާ ނުބައި ކަންތައް ހުއްޓުވާނެ ރަގަޅުވެރިއަކަށްޓަކާ ރާއްޖެވަނީ ފެންބޮވައިގެންފައެވެ. އަދި ރާއްޖެތެރެ ތަރއްގީކޮށް މާލެއާއި އޮތް ތަފާތު ކުޑަވާނެ ދުވަހެއްގެ އިންތިޒާރުގައި ތިބި މީހުން ގިނައެވެ. ދިވެހި ދިދައާއިއެކު އެލްޑީޕީގެ ވައިލެޓާއި ފެހި އަދި ނޫކުލަ އެކުލެވޭ ދިދަ ފެނުމުން ތަފާތޭ ހިތަށް އަރައެވެ. މެދުގައި އެލްޑީޕީ ލޯގޯ ޖަހާފައިވާއިރު އެދިދައަށްޓަކާ މަރުދޭ ޒުވާނުން އެހާ ގިނައެވެ. ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހެވެ. އަމްރާން މެންދުރު ކެއުމަށްފަހު ޖައްސާލުމުން ކޮންމެވެސް ވަރަކަށް ނިދުނެވެ. ހޭލެވުނީ ބޯކޮށް ވާރޭވެހޭ އަޑުފަށްގަނޑު އިވިފައެވެ. ގައިމަތީ އަޅާފައި އޮތް ބޯ ކުއިލްޓް އެއްފަރާތް ކޮށްލާފައި އަމްރާން ފާޚާނާއަށްވަދެ ސްޓީމްރޫމަށް ވަނެވެ. ހޫނުފެނުން އަރާމުކޮށް ފެންވަރާލުމަށްފަހު ނުކުމެ ތައްޔާރުވާންފެށީ ހަވީރު އޮތް ބައްދަލުވުމަކަށެވެ. މަސްޓަޑްކުލައިގެ ސޫޓެއްގައި ހުރުމުން އޭނަގެ ފިރިހެންވަންތަކަމާއި ތަފާތުކަމުން އަންހެންކުދިންގެ ލޯތަކަށް ލިބޭނެ ފިނިކަމަކަށްވާނެ ކަން ގައިމެވެ. އަމްރާން ނިކުންނަ އިރެއްގެ އިންތިޒާރުގައި ހުރި އަޒިކިއަލް އަށް ވާރޭގެ ތެރެއިންވެސް ބެލް ޖެހި އަޑުއިވުނެވެ. (ނުނިމޭ...) ފަސްޓް ލޭޑީ (19) އިތުރަށް ވިދާޅުވުމަށް
ފަސްޓް ލޭޑީ (20)
ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ސުޕަރސްޓަރ ލިއޮނަލް މެސީ އަނެއްކާވެސް ފުޓްބޯޅައިގެ އާ ރެކޯޑެއް ގާއިމު ކޮށްފިއެވެ. ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށް، ފުޓުބޯޅަ ބަލާ އަދި ދިރާސާ ކުރާ ގިނަ ބަޔަކު އިއްތިފާގުވާ މެސީ ވަނީ، ރޭ ސްޕެނިޝް ލީގުގައި އެއިބާ ކޮޅަށް ޖެހި ލަނޑާއެކު، މިހާތަނަށް ލަ ލީގާގައި 400 ގޯލު ހަމަ ކުރި ހަމަ އެކަނި ކުޅުންތެރިޔާގެ ރެކޯޑާއި ޔޫރަޕްގެ ގަދަ ފަސް ލީގުގައި އެއް ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފް ހޯދައިފައެވެ. ލިއޮނަލް މެސީ ދެ ކުޅުންތެރިން ކައިރިން ބޯޅަ ހިފައިގެން ދާ މަންޒަރު އަމިއްލަ ދަނޑުގައި 0-3ގެ ނަތީޖާ އަކުން ބާސެލޯނާ މޮޅުވި މި މެޗުގައި މެސީ ޖަހާފައި ވަނީ 1 ގޯލްއެވެ. މި މެޗުގައި އެޓީމަށް އިތުރު 2 ގޯލް ކާމިޔާބު ކޮށްދީފައި ވަނީ އުރުގުއާއީގެ ފޯވާޑް ލުއިސް ސުއަރޭޒެވެ. އާޖެންޓީނާ އަދި މިހާރު ބާސެލޯނާގެ ވެސް ކެޕްޓަން ކަން ކުރަމުން އަންނަ 31 އަހަރުގެ މެސީގެ މި ތާރީހީ ހަރުފަތާ ހަމައަށް ދަތުރު ކުރީ 435 ލީގު މެޗު ކުޅެގެންނެވެ. މެސީއާ ދެން އެންމެ ގާތުން ވާދަ ކުރަމުން އައީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯ ވަނީ 292 ލަ ލީގާ މެޗު ކުޅެ 311 ގޯލް ޖަހައިފައެވެ. ނަމަވެސް މި ސީޒަން ފެށުނު އިރު ރިއާލް މެޑްރިޑް ދޫކޮށް އިޓަލީގެ ޔުވެންޓަސް އަށް އޭނާ ވަނީ ބަދަލު ވެފައެވެ. އެއިބާ ކުޅުންތެރިން މެސީ ހުއްޓުވަން މަސައްކަތް ކުރަނީ ލަ ލީގާގައި މެސީ ހަދާފައިވާ އިތުރު ރެކޯޑް ތަކަށް ބަލާލާއިރު އޭނާ ވަނީ އެ ލީގުގައި ވާދަކޮށްފައިވާ 29 ފުޓްބޯޅަ ޓީމެއްގެ ތާރީހުގައި ވެސް ޖަހާފައިވާ ޖުމުލަ ގޯލަށް ވުރެން އިތުރަށް ގޯލް ޖަހައިފައެވެ. އަދި މެސީ ވަނީ ލީގުގައި މިހާތަނަށް ބައިވެރިވި 37 ޓީމެއްގެ ކޮޅަށް ގޯލް ޖަހައިފައެވެ. މިއާއި އެކު މެސީ ވެގެން ގޮސްފައި ވަނީ މިހާތަނަށް ޔޫރަޕްގެ ގަދަ 5 ލީގުގައިވެސް އެއްގައުމެއްގެ އެންމެ ގިނަ ޓީމު ކޮޅަށް ގޯލް ޖެހި ކުޅުންތެރިޔާއަށެވެ.
"ފުޓްބޯޅައިގެ ރަސްގެފާނު" އަނެއްކާވެސް އާ ރިކޯޑެއް މުގުރާލައިފި!
ސަރުކާރާއި ރައްޔިތުން ބައިވެރިވާ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޑީސަލް ލީޓަރަކުން ދެ ރުފިޔާ އަދި ޕެޓްރޯލް ލިޓަރަކުން އެއް ރުފިޔާ މިއަދުން ފެށިގެން ހެޔޮކޮށްފި އެވެ. އެސްޓީއޯ އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ، މިއަދުން ފެށިގެން އެ ކުންފުނިން ޑީސަލް ލިޓަރެއް ވިއްކާނީ 9.99 ރުފިޔާ އަށް ކަމަށެވެ. އަދި ޕެޓްރޯލް ލިޓަރެއް ވިއްކާނީ 10.19 ރުފިޔާ އަށް ކަމަށެވެ. މިއީ އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ވޭތުވެ ދިޔަ ތިން މަހުގެ ތެރޭގައި ހެޔޮ ކުރި ދެ ވަނަ ފަހަރެވެ. އެންމެ ފަހުން ޕެޓްރޯލާއި ޑީސަލްގެ އަގު އެ ކުންފުނިން ހެޔޮކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 13 ވަނަ ދުވަހުން ފެށިގެންނެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ޑީސަލް ލިޓަރެއް ވިއްކަމުން އައީ 11.99 ރުފިޔާ އަށެވެ. އަދި ޕެޓްރޯލް ލިޓަރެއް ވިއްކީ 11.19 ރުފިޔާ އަށެވެ. އެސްޓީއޯގެ ބަޔާނުގައި ބުނީ ތެލުގެ އަގު ހެޔޮކުރީ ދުނިޔޭގެ ބާޒާރުގައި ތެޔޮ ވިއްކާ އަގު ހެޔޮވުމުން ކަމަށެވެ.
ޑީސަލް ލީޓަރަކުން ދެ ރުފިޔާ، ޕެޓްރޯލް ލީޓަރަކުން ރުފިޔާއެެއް އަގުހެޔޮކޮށްފި
ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކުރި މީހުންގެ ހުށަހެޅުންތައް ދިރާސާ ކުރުމަށް ހަތް މެމްބަރުންގެ ވަގުތީ ކޮމެޓީއެއް އެކުލަވާލައިފިއެވެ. ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާސަން އަލީ ސޯލިހު "ސަން" އަށް ވިދާޅުވީ އެ ކޮމެޓީ އެކުލަވާލީ މިރޭ ބޭއްވި އެ ޕާޓީގެ 126 ވަނަ ކައުންސިލް ބައްދަލުވުމުގައި ކަމަށެވެ. ކޮމެޓީގެ ރައީސް ކަމަށް ހަމަޖައްސާފައި ވަނީ ޖުމްހޫރީ ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. އަދި ނައިބު ރައީސް ކަމަށް ހަމަޖައްސާފައި ވަނީ ޕާޓީގެ ކައުންސިލް މެމްބަރު އަހްމަދު އުމަރެވެ. އަލީ ސޯލިހު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ހުރި މީހުންނަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށެވެ. އެ ޕާޓީން ކުރިމަތިލާނީ ކޮންކޮން ދާއިރާތަކަށް ކަމަށް ކަނޑައަޅާނީ ކުރިމަތިލާފައިވާ މީހުންގެ ހުށަހެޅުންތައް ދިރާސާ ކުރުމަށްފަހު ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހިމެނޭ ކޯލިޝަނަކުންނެވެ. މަޖިލިސް އިންތިޚާބުގައި ވާދަކުރާނީ ހުރިހާ ޕާޓީތަކާއި ރައީސް މައުމޫންގެ މެދުގައި ކުރިމަތިލާނެ ދާއިރާތައް ބަހާލައިގެން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އެއްބަސްވެ، އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ކޯލިޝަންގެ ޕާޓީތަކުން ވަނީ ބުނެފައެވެ. އަދި އެ އެއްބަސްވުން ވެސް ޕާޓީތަކުން ވަނީ އާންމުކޮށްފައެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ނަމަވެސް ޕްރައިމަރީއަށް ހުޅުވާލުމުން ނިލަންދޫ ދާއިރާއަށް އެއްވެސް މީހަކު ކުރިމަތިލާފައެއް ނުވެއެވެ.
މަޖިލިސް އިންތިޚާބާ ގުޅޭ ހަތް މެމްބަރުންގެ ކޮމިޓީއެއް ޖޭޕީން އެކުލަވާލައިފި
ކުރީގެ ޖެންޑާ މިނިސްޓަރު ޑރ. އާމާލް އަލީ އާއި މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާ އައިޝަތު ނާޒިމާ ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފިއެވެ. ޑރ. އާމާލު އާއި ނާޒިމާ ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފައި ވަނީ މިރޭ އެ ޕާޓީގެ އިދާރާ މާފަންނު ކުނޫޒްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޖޭޕީގެ ސްޕޯކްސްޕާސަން އަލީ ސޯލިހް ވިދާޅުވީ އާމާލު އާއި ނާޒިމާއާ އެކު މިރޭ 120 މީހުން އެ ޕާޓީއަށް ސޮއިކުރި ކަމަށެވެ. ނާޒިމާ ޖޭޕީއަށް ސޮއިކުރުމަށް ފަހު ޕާޓީގެ ލީޑަރާ ފޯމް ހަވާލުކުރަނީ --- ފޮޓޯ: ޖޭޕީ މިރޭ ސޮއިކުރެއްވި ޑރ. އާމާލް ޖެންޑާ މިނިސްޓަރު ކަމުގެ މަގާމު އަދާކުރެއްވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައެވެ. އަދި އޭގެ ފަހުން މައި ކޮލެޖުގެ ރެކްޓާކަމުގެ މަގާމުވެސް އޭނާ ވަނީ ފުރުއްވައިފައެވެ. އެކަމަނާ ޕީއެޗްޑީ ހާސި ކުރައްވާފައި ވަނީ ޔުނިވާސިޓީ އޮފް ލަންޑަންގައި އެޑިޔުކޭޝަންގެ ދާއިރާ އިންނެވެ. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ކުރީގެ ރައީސް ޔޫސުފް މާނިއު ވެސް ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވާފައެވެ. މާނިއު ޖޭޕީއަށް ސޮއިކުރުމަށް ފަހު ޕާޓީގެ ލީޑަރާ ފޯމް ހަވާލުކުރަނީ --- ފޮޓޯ: ޖޭޕީ
ޑރ. އާމާލާއި ނާޒިމާ ޖުމްހޫރީ ޕާޓީއަށް
ގެއްލިފައިވާ ފައިސާ ހޯދުމާއި ކޮރަޕްޝަނުގެ މައްސަލަތައް ބަލާ ކޮމިޝަނުގެ މަސައްކަތްތައް ލަސްވަނީ ކޮމިޝަނަށް ބާރު ދިނުމަށް މަޖިލީހަށް ހުށަހަޅާފައިވާ އޮތް ބިލު ފާސް ނުވާތީ ކަމަށް އެ ކޮމިޝަނުގެ ރައީސް އަހުމަދު އައްސަދު ވިދާޅުވެއްޖެއެވެ. ގެއްލިފައިވާ ފައިސާ ހޯދުމާއި ކޮރަޕްޝަނުގެ މައްސަލަތައް ބަލަން އެކުލަވާލި ކޮމިޝަނާއި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ބާރު ދިނުމަށް ބިލެއް މަޖިލީހަށް ހުށަހެޅި ނަމަވެސް އެ ބިލު ފާސްނުކޮށް މަޖިލިސް ވަނީ ޗުއްޓީއަށް ގޮސްފައެވެ. ރޭ ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އައްސަދު ވިދާޅުވީ ކޮރަޕްޝަނާއި ފައިސާ ހޯދުމުގެ މައްސަލަތައް އެ ކޮމިޝަނުން ކުރިއަށް ދާ ކަމަށެވެ. ނަމަވެސް އުންމީދު ކުރިވަރަށް ވުރެ މަސައްކަތް ލަސް ކަމަށް އައްސަދު ވިދާޅުވިއެވެ. " މަސައްކަތް ލަސްކަން އަޅުގަނޑު ގަބޫލުކުރަން. އޭގެ މައިގަނޑު ސަބަބެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ބިލެއް ފާސްވެގެން ދިޔަ ނަމަ މިއަށްވުރެ ތަންކޮޅެއް ހަލުވިކަމާއެކު މަސައްކަތް ކުރިއަށް ގެންދާނެ ފުރުސަތު އޮތީސް،" އައްސަދު ވިދާޅުވިއެވެ. ނަމަވެސް އެ ބިލު ފާސް ނުވި ނަމަވެސް ހުއްޓި ނުތިބޭ ކަމަށާއި މަސައްކަތްތައް ކުރިއަށް ދާ ކަމަށް އައްސަދު ވިދާޅުވިއެވެ. ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލަތައް ބަލައި ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް އެކުލަވާލާފައިވާ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެ ކޮމިޝަނުން ބަލަން ނިންމާފައި ވަނީ 2012 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 ގެ ނިޔަލަށް، ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކެވެ. އެ މުއްދަތުގެ ތެރޭގައި ދައުލަތުގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވެފައިވާ ޚިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ ބޮޑެތި މައްސަލަތަކުގެ ތެރެއިން އެކިއެކި ސަބަބުތައް މެދުވެރިވެގެން ތަޙުޤީޤު ކުރެވިފައިނުވާ މައްސަލަތަކާއި، އެކަށީގެންވާ މިންވަރަށް ތަޙުޤީޤުކޮށްފައިނުވާ މައްސަލަތައް ހުރިކަމަށް ފާހަގަކުރެވޭނަމަ، އެފަދަ މައްސަލަތަކުގެ މަޢުލޫމާތު، 24 ފެބުރުވަރީ 2019 ގެ 14:00ގެ ކުރިން، ލިޔުމަކުން، އެ ކޮމިޝަނަށް ހުށަހެޅުމަށް ކޮރަޕްޝަންގެ މައްސަލަތައް ބަލާ ކޮމިޝަނުން ވަނީ އެދިފައެވެ.
ކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތް ލަސްވަނީ ބާރުދޭ ބިލު ފާސްނުވާތީ: އައްސަދު
ޕީޕީއެމްގެ ރައީސަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަމަށް ކަނޑައަޅައިދިނުމަށް އެދި އެ ޕާޓީގެ މެމްބަރަކު ހުށަހެޅި މައްސަލަ މާދަމާއަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފި އެވެ. ޕީޕީއެމްގެ މިލްކިއްޔާތުގެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އެ ޕާޓީގެ މެމްބަރެއް ކަމަށްވާ ލ. ގަމަށް ނިސްބަތްވާ އަލީ އަހްމަދެވެ. އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ނަމަވެސް، ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ނަގައި، ބަލަން ނިންމާފަ އެވެ. އަލީ އަހުމަދުގެ ގާނޫނީ ވަކީލު އަލީ ޝިހާމް "ސަން"އަށް ވިދާޅުވީ، އެ މައްސަލައިގެ އިޖުރާއީ އަޑުއެހުން މާދަމާއަށް ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފައި ވަނީ 8:15 އަށް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އަލީ އަހުމަދު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ ރައީސް މައުމޫން ޕީޕީއެމްގެ ރައީސް ކަމުން ވަކި ކުރީ ގަވާއިދާ ހިލާފަށް ކަމަށް ކަނޑައަޅައި، މައުމޫން އަކީ ޕީޕީއެމްގެ ރައީސް ކަަމަށް ކަނޑައަޅައިދިނުމަށް ކަމަށެވެ. ޕީޕީއެމްގެ މިލްކިއްޔާތުގެ މައްސަލަ މާދަމާއަށް ތާވަލުކޮށްފައިވާއިރު އެ ޕާޓީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ވަނީ ޕީޕީއެމް ދޫކުރައްވައި ވަޑައިގަންނަވަން އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފަ އެވެ. ރައީސް ޔާމީން އަޑީގައި ހުންނަވައިގެން އުފައްދާ ޕާޓީ އަކީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އެވެ.
ޕީޕީއެމްގެ މިލްކިއްޔާތުގެ މައްސަލަ މާދަމާ ސުޕްރީމް ކޯޓުގައި
މޫދަށް އެރި އުޅެނިކޮށް މަރުވެފައި އޮއްވައި ފެނުނު ފިލިޕީންސްގެ ދެމަފިރިން ގައުމަށް ފޮނުވާލުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ. މިއަދު ކ. ދިއްފުއްޓާއި މީރުފެންފުއްޓާ ދެމެދަށް މޫދަށް އެރި އުޅެނިކޮށް މަރުވެފައި އޮއްވައި ފެނުނީ 29 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ އަންހެނެކެވެ. ފުލުހުން ބުނީ އެ ދެމަފިރިން މިއަދު 3:45 ގައި މާލެ ގެނެސް، ގަލޮޅު މޯޗަރީގައި ބާއްވާފައިވާ ކަމަށެވެ. އަދި އެމީހުން ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އެ ދެ މީހުންނަކީ ދިއްފުށީގައި ޗުއްޓީ ހޭދަކުރަމުން އައި ދެ މީހުން ކަމަށް އެނގިފައިވެ އެވެ. އެކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 10:56 އެހާކަންހާ އިރު ކަމަށް ފުލުހުން ބުންޏެވެ. އެ ދެމީހުން ދިއްފުށީ ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށާއި އެ ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ގެނބުނު ދެމަފިރިންގެ ހަށިގަނޑު ފިލިޕީންސަށް ގެންދަނީ
އަރަބިއްޔާ ސުކޫލުގައި އަންހެން ފިރިހެން ދެ ޖިންސު ވަކިން ކިޔަވައިދޭން މިހާރު އަންގާފައިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ. އަރަބިއްޔާ ސުކޫލުގައި އަންހެން އަދި ފިރިހެން ކުދިން އެއް ކުލާހެއްގައި ބައިތިއްބައިގެން ކިޔަވައިދޭތީ ބަލެނިވެރިން ކަންބޮޑުވުން ފާޅުކުރި އެވެ. ޓީވީއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ދެ ޖިންސުގެ ކުދިން އެއްކޮށްގެން ކިޔަވައިދޭނީ ބެލެނިވެރިންގެ ޝަކުވާ އައީ ހަމައެކަނި އަރަބިއްޔާ ސުކޫލުގެ ބެލެނިވެރިންގެ ފަރާތުން ކަމަށެވެ. އެހެންވެ އެކަމަށް ރިއާޔަތްކޮށް މިހާރު ދެ ޖިންސު ވަކިކޮށްގެން ކިޔަވައިދިނުމަށް އަންގާފައިވާނެ ކަމަށް އައިޝަލު އަލީ ވިދާޅުވި އެވެ. "އަޅުގަނޑުމެން ހަމަ ޕޭރެންޓުން އެދިލެއްވި ގޮތަށް މިހާރު އަންގާފައި އޮންނާނީ ވަކިކޮށްލައިގެން. ދެ ޖިންސު ވަކިން ކުރިއަށް ގެންދިއުމަށް." މިނިސްޓަރު އައިޝަތު އަލީ ވިދާޅުވި އެވެ. އަރަބިއްޔާ ސްކޫލްގައި މިއަހަރު ފެށުނުއިރު ވަނީ ދެ ޖިންސުގެ ކުދިން އެއްކޮށްގެން ކިޔަވައިދޭން ނިންމާފައެވެ. އެކަމާ ގުޅޭގޮތުން އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން މިއަދު ހެނދުނު ވަނީ އިހްތިޖާޖުކޮށްފައެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށިފައިވާއިރު މިއަދު ވަނީ ސުކޫލު ކުދިންނަށް ހެނދުނުގެ ނާސްތާވެސް ދޭން ފަށާފަ އެވެ. މިނިސްޓަރީން ބުނާ ގޮތުން ކުދިންނަށް ނާސްތާ ދޭނީ ސުކޫލުން ކަނޑައަޅާ ގަޑިއެއްގައި ކްލާސް ރޫމުގަ އެވެ. ސުކޫލުތައް އެއް ދަންފަޅިއަށް ބަދަލު ކުރުމަކީވެސް އާ ސަރުކާރުގެ ވައުދެކެވެ. މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ސުކޫލުތައް އެއް ދަންފަޅިއަށް ބަދަލުކުރުމަށް ތާވަލެއް ހެދިފައިވާ ކަމަށެވެ. އެގޮތުން ފެށޭ އަހަރު އެއް ދަންފަޅިއަށް ބަދަލުކުރާނީ ކޮން ސުކޫލުތަކެއްތޯ ބަލަމުންދާ ކަމަށް އައިޝަތު އަލީ ވިދާޅުވި އެވެ.
އަރަބިއްޔާ ސުކޫލުގައި ދެން ކިޔަވައިދޭނީ ދެ ޖިންސު ވަކިން: މިނިސްޓަރު
މާލޭގެ މަގުތަކުގެ ދުވާރުތައް ކައިރީގައި ހުރި ޕެލެޓްތައް ނެގުމަށް ފަހު ގޭގެ އަށް ވަނުމަށް ދުވާރުތައް ކައިރީ ހަދާ ރޭމްޕްތަކުގެ ނަމޫނާއެއް ގާއިމުކޮށް މާލޭ ސިޓީ ކައުންސިލުން ދައްކާލައިފި އެވެ. ހެންވޭރު ޖަނަވަރީމަގުގައި ރޭމްޕެއް ހެދުމަށް ފަހު، މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، "ފަސޭހަ ކަމާ އެކު ޕޭވްމަންޓް މައްޗަށް އަރާ ފޭބުމާއި ގޭގެ އަށް ވަދެ ނުކުތުމަށް އެކްސެސް ޕޮއިންޓްތަކެއް ގާއިމު ކުރުމުގެ މަސައްކަތް" ވަނީ ފަށާފައި ކަމަށެވެ. މާލޭގެ ގިނަ އިމާރާތްތަކުގެ ކުރިމަތީގައި ޕެލެޓްތައް ބަހައްޓާތީ ވެހިކަލްތައް ޕާކް ކުރުމަށާއި މީހުން ހިނގައި އުޅުމަށް ދަތިވާ ކަމުގެ ޝަކުވާ ސިޓީ ކައުންސިލަށް ވަނީ ލިބިފަ އެވެ. އެކަމާ ގުޅިގެން މަގުތަކުން ޕެލެޓުތައް ނެގުމުގެ މަސައްކަތް އިއްޔެ ވަނީ ކޮށްފަ އެވެ. މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ހުސައިން ޝަރީފް މިއަދު "ސަން" އަށް ވިދާޅުވީ އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ކައުންސިލުން ރޭ ނިންމާފައި ވަނީ ކޮންމެ ދުވާރަކަށް ވެސް އެރޭ ގޮތަށް ރޭމްޕުތަކެއް ހެދުމަށް ކަމަށެވެ. އަދި ރޭމްޕުތައް ހަދާނީ ދުވާރުގެ ދިގުމިނަށް ބަލާފައި ކަމަށް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން ނިންމާފައި މިވަނީ މަގުގެ ފުޅާ މިނަށް ބަލާފައި ދެކޮޅުގައި ބަހައްޓާ ގޮތަށް. ދެން މާ ދިގު މަގެއް ވިއްޔާ މެދު ތެރޭގައި ވެސް ބަހައްޓާ ގޮތަށް." "އަޅުގަނޑުމެން މަގަށް ބަލާފައި އެގޮތަށް ހަދަނީ. މަގެއް އިނދެދާނެ ދިގު މަގެއް. އެކަމަކު ގަރާޖެއް ވެސް އިނދެދާނެ އެ މަގުގައި. އިނދެއްޖެއްޔާ އެގޮތަށް ބަލާފައި ސާވޭކޮށްފައި އަޅުގަނޑުމެން އެގޮތަށް ހަދާނީ،" އޭނާ ވިދާޅުވި އެވެ. ހުސެއިން ވިދާޅުވީ، އެގޮތަށް ރޭމްޕުތައް ހަަދައިދޭނީ އެކަމަށް ބޭނުންވާ ފަރާތްތަކުން އެދުމުން، ސިޓީ ކައުންސިލުން ކަމަށެވެ. އަދި އެ ރޭމްޕުތައް ހަދާނީ، ގާތައް ނަގުމަށް ފަހު ވެލި އަޅައި، މަގު ދުވާރާ އެއްވަރަށް އުސްކޮށްގެން ކަމަށް ވިދާޅުވި އެވެ.
މާލޭގައި ހަދާ ރޭމްޕްތަކުގެ ނަމޫނާއެއް ދައްކާލައިފި
ފަޒީލާގެ ފަރާތުން އަފްލާކަށް އަމާޒުވަމުން ދިޔަ ބަހުގެ ހޫނު ހަމަލާތަކުން މުޅި މާހައުލަށް ވެރިވެފައި އޮތީ ނުތަނަވަސްކަމެވެ. ފަޒީލާ ހީވަނީ އަފްލާކްގެ ގަޔަށްބޮލަށް އަރާފާނެހެންނެވެ. މަސްރަހު އެހާ ހޫނުވެފައި އޮތް އިރުވެސް އަފްލާކް ޚިޔާރު ކުރީ ހަމަހިމޭންކަމެވެ. ފަޒީލާގެ ވާހަކަތަކުގައި ހަޤީޤަތް އެކުލެވިގެން ވާތީ އަފްލާކަށް ލަސްލަހުން އިސްތިރިކޮށްލެވުނީ އަމިއްލަ ނަފުސު ކުށްވެރިކުރެވުނު ވަރުންނެވެ. އައްޔޫބުއަށް ދިމާވި ހާދިސާއަށް ފަހު އެއީ އަފްލާކްގެ އަބަދުމެ އާދައެކެވެ. ޒޯހާގެ ޢާއިލާއަށް ކުރިމަތި ލާންޖެހިފައިވާ ހުރިހާ ހިތާމަތަކެއްގެ އަސްލަކާއި ގުޅިފައިވަނީ އޭނަ ކަމުގައި ވާތީ އެއުދާސްތަކާއި ދުރުވުން އޭނައަށް ވެފައިވަނީ ބޮޑު ގޮންޖެހުމަކަށެވެ. އޭނަގެ ސިކުނޑީގައި އަބަދުމެ ދައުރުވަނީ އެއް ޚިޔާލެކެވެ. އޭނަގެ ކުށެއް ނުވާކަން ބަޔާންކޮށްދޭން ޒޯހާ ކިތަންމެ މަސައްކަތެއް ކުރިކަމުގައި ވިޔަސް ހަޤީޤަތަށް ފިލަން އޭނައަށް ދުވެވޭނީ ކިހިނެއް ހެއްޔެވެ؟ ނިއުޅެމުން އެދާ ހުރިހާ ކަމެއްގެ އަސްލާއި ގުޅިފައިވަނީ އޭނަގެ ބައްޕައެވެ. ހުޝިޔާރުވެ ހުރެ މަކަރުވެރި ރޭވުންތައް އަތުރަމުން އެދަނީ އޭނަގެ ފަރާތުން ބަދަލުހިފާށެވެ. އޭނައަށް ފިލާވަޅެއް ދޭށެވެ. ބައްޕަގެ އަމުރާއި ޚިލާފުވުމުން ކަންތައްވާނެ ގޮތް ހަނދުމަކޮށްދޭށެވެ. މިފަދަ ހަމަލާއެއް ކުރިމަތި ވެދާނެކަން ކުރިން ވިސްނާލެވުނުނަމަ، ދުރާލާ އެކަށީގެންވާ ފިޔަވަޅު އެޅުނީހެވެ. އެހެނަސް ހުރިހާކަމެއް ވެގެން ދިޔައީ ކުއްލިޔަކަށެވެ. ލޯބިވާ ފަރާތްތަކުގެ ދިފާއުގައި ނުތެދުވެވެނީސް ކުރިމަތިވި ހަމަލާއާއެކު އޭނަ އެވަނީ ކުޑަކަކޫ މައްޗަށް ތިރިވެފައެވެ. ހަތަރެސްފައިގައި ކުށްވެރިކަމުގެ ކަސްތޮޅު އެޅި މާޔޫސްކަމުގެ ކިއްލާއެއްގައި ޤައިދުވެފައި ވާއިރު، އެހުރިހާ ހިތާމަތަކާއެކުވެ ޒޯހާގެ ލޮލުން ފެންނަ މޮޅިވެރިކަމުން އޭނަގެ ތަކުލީފުތައް ބަރުދާސްތުކުރަން އުނދަގޫވާ ހިސާބަށް ގޮސްފިއެވެ. މޫނިސާގެ އެނދުކައިރީގައި ހުރި އެހީތެރިޔާގެ ގޮނޑީގައި އިން ޒޯހާއަށް ކުއްލިޔަކަށް ކޮޅަށް ތެދުވެވުނެވެ. އަފްލާކް ކުށްވެރިކޮށްފައި ބޮޑުދައިތަ ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން ޒޯހާއަށް އިތުރަށް ކެތެއް ނުކުރެވުނެވެ. އެވާހަތަކުގައި އެކުލެވިގެންވި މިޔައިގެ ތޫނުކަމުން އަފްލާކްގެ ހިތަށް ލިބެމުން ދިޔަ ވޭނާއި ތަދު ޒޯހާއަށް ތަސައްވަރުކުރެވުނެވެ. މޮޅިވެރިކަން އެކުލެވިގެންވި އެމޫނު ފެނި މޭގައި އޮތް ހިތަށް ބާރުވަމުން ދިޔަ ކަމުގެ އިހުސާސް ވެސް ކުރެވުނެވެ. އަފްލާކް، އަމިއްލަ ނަފުސު ކުށްވެރިކުރަމުންދާ މިންވަރު ފެނި ޒޯހާގެ ދެލޮލުން ކަރުނަ ފާޅުވެގެން ދިޔައެވެ. މިހެން ކަންތައްވުމުގެ ފުރުސަތު ދެވޭކަށް ނެތެވެ. އެހެން މީހެއްގެ ނުބައި ރޭވުންތެރިކަމުން ރުޅިވެރިކަމާއި ތުހުމަތުގެ އިނގިލި އަފްލާކްއަށް އަމާޒުވެގެން ދިއުން އެއީ ޤަބޫލުކުރެވޭނެކަމެއް ނޫނެވެ. ހަޤީޤީ ކުށްވެރިޔަކީ ރަމީޒުއެވެ. އަފްލާކެއް ނޫނެވެ. އެހެންވުމުން ތުހުމަތުގެ އިނގިލި ދިއްކުރެވެން ޖެހޭނީ ވެސް ރަމީޒު އަށެވެ. ''ދައްތާ، ތިހެން އަފްލާކްއާއި ވާހަކަ ދައްކަނީ ކީއްވެގެންތަ؟، އައްޔޫބު މިނިވަންކުރަން އެންމެ ބޮޑަށް އެހީތެރިވެދެނީ ވެސް އަފްލާކް، އެކަމަށް އަހަރުމެން ޝުކުރުވެރިވާކަށް ނޫންތަވީ؟... މިކަމުގެ ތުހުމަތު އަފްލާކްގެ ބޮލުގައި އަޅުވަން ތިއުޅެނީ ކީއްވެގެންތަ؟...'' ޒޯހާގެ ކެތްތެރިކަން ކޮއްޅުންލި ހިނދު އެއްޗެއް ބުނަން އޭނަގެ ދޫ ހަރަކާތްކުރިއެވެ. ނަމަވެސް މިފަހަރު ޒޯހާއަށް ވުރެ ކުރިން އަފްލާކްގެ ދިފާއުގައި ވާހަކަދެއްކީ މޫނިސާއެވެ. ޒޯހާގެ އަތުގައި ހިފަހައްޓާލަމުން ދެފަރާތަށް ބޯހޫރާލީ ފަޒީލާއާއި ޒުވާބުނުކުރުމަށް އެދޭ ހާލުގައެވެ. އެވަގުތު މޫނިސާގެ ދެލޮލުގައި ފުރިބާރުވެފައިވި ކަރުނަތައް ލޮލުގެ ހިމަކޮޅުލާފައި ފައިބައިގެން ދިޔައެވެ. އެމަންޒަރު ބަލަން ހުރި ޒޯހާގެ ހިތުގައި ރިއްސާލިއެވެ. މޫނިސާގެ ޖުމްލައާއެކު ފަޒީލާގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އޭނަގެ މޫނު ބަނަވެގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ. ''އަދިވެސް ކަލޭމެނަށް އެއްޗެއް ވިސްނޭކަމަކަށް ނުވޭ ދޯ؟... މިވަރުގެ ބޮޑު ލަނޑެއް ލިބުނީމަވެސް ކަލޭމެންގެ ސިކުނޑިއަށް ތެތްކަން ލިބުނުކަމަކަށް ނުވި ދޯ؟... މަ ހަމަ އަޖައިބު އަންތަރީސްވެއްޖެ!، ވެދިޔަ ކަންތަކަށްފަހު މިހިރަ ފިރިހެން މީހާގެ ބޮލުގައި ތުހުމަތު އަޅުވަނީ ކީއްވެގެންހޭ؟!، ސަބަބު ނޭގިގެންތަ މޫނިސާ އެސުވާލު ކުރީ؟.. ވެދިޔަ އެއްވެސްކަމެއް ހަމަ ނުފެންނަނީތަ؟... މީނަ ކޮންކަހަލަ ސިހުރެއް ހަދައިގެންތަ މިމީހުންގެ ނުބައިކަން މޫނިސާއަށް ނުފެންނަނީ؟... އޭނަ؟... އައްޔޫބު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނީ ވެސް ހަމަ މީނަގެ ސަބަބުން، މޫނިސާމެން ކޮންމެ ގޮތަކަށް ދެކުނަސް ވަރިހަމަ... މިހުރިހާކަމެއްގެ ނުބަޔަކީ ހަމަ މީނަ، އެރަމީޒުއަށް މިކަމެއް ކުރަން މަޖުބޫރުކުރާ މީހަކީ ވެސް މީނަ... ހެޔޮނުވާނެ، ކަލޭގެ ބައްޕަ ބުނާހެން ކަލޭ ކަންތައް ކޮށްބަލަ، ޒޯހާ ދޫކޮށް ޒޯހާގެ ދިރިއުޅުމުން ކަލޭ ދުރަށްދޭ!، ކަލޭގެ ބައްޕަ ދައްކާ މީހަކާ ގޮސް އިނދެބަލަ!... ޒޯހާގެ ދިރިއުޅުމަށް ކަލޭ އައިފަހުން އޭނަގެ ދިރިއުޅުން މުޅިން ޚަރާބުވެއްޖެ!... މިހެން ދިމާވުމުން ވެސް ކަލެއަށް އެއްޗެއް ވިސްނެން ވެއްޖެ ދޯ؟... ކަލޭގެ ސުންޕާކަމުން ޒޯހާގެ ޢާއިލާއަށް ލިބެމުން މިދަނީ ކޮންފަދަ ބޮޑެތި ހިތާމަތަކެއްތަ!...... ކަލޭއަކާ ޖެހުނު ފަހުން ޒޯހާގެ ދިރިއުޅުން ބަރުބާދުވެއްޖެ!......'' ފަޒީލާ ހަޅޭއްލަވައިގަތެވެ. އައިސްފައި ހުރި ގަދަ ރުޅީގައި އޭނަ އަފްލާކްގެ ގަޔަށް އަތް އިސްކުރަންވެސް ފަހެއް ނުޖެހުނެވެ. އަތަށް ލެވުނުހާ ބާރަކާއެކު އޭނަގެ އަތްތިލައިގެ ހަމަލާ އަމާޒުކޮށްލީ އަފްލާކްގެ ކޯތާފަތަށެވެ. ދިލަ ހޫނުކަން ކޯތާފަތަށް ފެތުރިގެން ދިޔަ ހިނދުވެސް އަފްލާ ހަރަކާތެއްކޮށްނުލިއެވެ. އިސްތިރިކޮށްލި ގޮތަށް އޭނަ ހުރީ ހަމަހިމޭންވެފައެވެ. ފަޒީލާގެ ދެވަނަ ހަމަލާ އަމާޒުވި ހިނދުވެސް، އަމިއްލަ ދިފާއުގައި އަފްލާކް އެއްވެސްކަމެއް ނުކުރިއެވެ. އޭނަ ހުރީ ނެގިމަޑުވެފައެވެ. އެރުޅިވެރިކަން އޭނައަށް ޖާއިޒުވާކަމަށް ދެކެވުނީތީއެވެ. އޭނަގެ ބޮލުގައި އެޅުނު ތުހުމަތުތަކަކީ ހަޤީޤަތާ ހިލާފު ވާހަކަތަކަށް ނުވާތީއެވެ. ޒޯހާގެ އުފާވެރި ދިރިއުޅުމަށް އޭނަގެ ހިޔަނި އެޅުނުފަހުން، އެއުފާވެރި ދިރިއުޅުން އެދަނީ ހަނަފަސްކަމަށް ބަދަލުވަމުންނެވެ. ހިތާމަތަކާއި އުދާސްކަމުގެ ބަނަ ވިލާތަކުން އުއްމީދުގެ ދޯދިތަކަށް ހުރަސް އަޅައިފިއެވެ. ބަހާރުގެ މާތައް މިލާމޯޅިވެ، ޚަރީފުގެ ފަޅުކަން ވެރިވާން ފަށައިފިއެވެ. ''ކަލޭ މިތަނުން ނިކުމޭ!، މީގެ ފަހުން ކަލޭ މިތަނަށް އައިސްގެން ނުވާނެ...'' ފަޒީލާ ރުންކުރުވިއެވެ. އޭނަ ތިންވަނަ ހަމަލާ އަމާޒުކުރަން ތައްޔާރުވި ވަގުތު އަފްލާކްއާއި ފަޒީލާގެ ދެމެދަށް ވަދެ ހުރަސް އެޅީ ޒޯހާ އެވެ. އަފްލާކްގެ ދިފާއުގެ އައްޑަނައަކަށް ވާން ޒޯހާ ހުރީ ތައްޔާރަށެވެ. އޭރު އޭނަގެ ދެލޮލުން ފަޒީލާއާ މެދު ހިތްހަމަނުޖެހިފައި ހުރި މިންވަރު ހާމަކޮށްދެއެވެ. ހިތާމައިގެ އަސަރުވެސް ވިއެވެ. ''ތިހެން އަފްލާކް ކުށްވެރިކުރާނަމަ އަހަރެންވެސް ކުށްވެރިކުރޭ، އަފްލާކްއާއި އަހަރެން ރައްޓެހިވުމުން ނޫންތަ މިހެން ކަންތައް ދިމާވީ؟... ހުރިހާކަމެއް އެނގިހުރެ އަފްލާކްއާއެކު ދިރިއުޅުމެއް ފަށަން އުޅުނީވެސް އަހަންނެއްނު... އެހެންވީމާ އަހަރެން ވެސް ކުށްވެރިކުރޭ، ހަމައެކަނި އަފްލާކްއަށް ތުހުމަތުގެ އިނގިލި ދިއްނުކުރޭ... އެއްފަހަރު ވިޔަސް ހަޤީޤަތް ހޯދަން މަސައްކަތްކޮށްބަލަ، ބޮޑުދައިތަ ތިހީކުރާކަހަލަ މީހެއް ނޫނޭ އަފްލާކްއަކީ، އެއްފަހަރު ވިޔަސް ނަފްރަތުގެ ނަޒަރުން ނޫން ނަޒަރަކުން އަފްލާކްއަށް ބަލާލަބަލަ، އޭރުން ހުރިހާ ކަމެއްވެސް ރަގަޅަށް ފެންނާނެ... އަފްލާކްގެ ހިތާމަތައް ވެސް ފެންނާނެ، މިކަމުގެ ސަބަބުން އަފްލާކް އަމިއްލަ ނަފުސު ކުށްވެރިކުރާ މިންވަރު ވެސް ފެންނާނެ، އުފުލާ ހިތާމަތައް ވެސް ފެންނާނެ... ރަމީޒުގެ ނުބައިކަމުން އަފްލާކްއަށް ތުހުމަތުގެ އިނގިލި ދިއްކުރަންވީ ކީއްވެގެންތަ؟... މިކަމުގައި އަފްލާކްގެ އޮތީ ކޮން ކުށެއްތަ؟، އަހަންނާއި ރައްޓެހިވުންތަ؟ އެހެންވެއްޖެނަމަ ބޮޑުދައިތަގެ ތުހުމަތުގެ އިނގިލި އަހަންނަށް ވެސް ދިއްކުރޭ، ހަމައެކަނި އަފްލާކް ކުށްވެރިނުކުރޭ... ބައްޕަ މިނިވަންކުރަން އަފްލާކް ކުރަމުންދާ މަސައްކަތް ބޮޑުދައިތައަށް ނުފެންނަނީތަ؟...... ކީއްވެގެންތަ ހުރިހާ ކަމެއްގެ އަފްލާކް ކުށްވެރިކުރަނީ؟......'' ވާހަކަދައްކަމުން ގޮސް ޒޯހާއަށް ރޮވުނީއެވެ. އިސްއުފުލާލަމުން ޒޯހާގެ މޫނަށް އަފްލާކް ބަލާލިއެވެ. އޭރު އަފްލާކްގެ ދެލޮލުން ވެސް ކަރުނައިގެ ދިލަކަން ފާޅުވެއްޖެއެވެ. ޒޯހާގެ ވާހަކަތުން ފަޒީލާއަށް ބުމަގޮށްޖަހާލެވުނެވެ. އޭނައާއި ޒޯހާ ޖަދަލުކުރަން ފެށުމުން އެކަމުގެ ހިތްހަމަނުޖެހުން އޭނަގެ މޫނުން ފެނެއެވެ. އެނދުގައި އޮތް މޫނިސާއަށް ވެސް ފަޒީލާ ބަލާލީ ނުރުހުންވެފައި ހުރެއެވެ. ''ސާބަސް!، ހަމަ ސާބަސް!... ތިމާއަށް ވުރެން ބޮޑެތި މީހުންނާ ޒުވާބުކުރަން އެންމެފަހުން ދަސްކުރީ ދޯ...'' އަތްޖަހާލަމުން ފަޒީލާ ބުނެލީ މަލާމާތުގެ ރާގަކަށެވެ. ''ވަރެއްގެ ފިރިހެނަކާ ޖެހިފަ ތިހުރީ، މައިންބަފައިން ދިން ރަގަޅު ތަރުބިއްޔަތު ވެސް ހަނދާންނެތިފަ ވިއްޔާ ތިހުރީ...'' ޒޯހާއަށް އިތުރު އެއްޗެއް ބުނުމުގެ ފުރުސަތު ނުލިބުނީ އަފްލާކް ޒޯހާގެ އަތުގައި ހިފަހައްޓާލަމުން އެކަން މަނާކުރުމުންނެވެ. ކަރުނުން ފުރިފައިވި ދެލޮލުން އަފްލާކްއަށް ބަލާލި ޒޯހާ އޭނަގެ ކޯތާފަތުން ހަލުވިކަމާއެކު ފިރިކެމުން އައި ކަރުނަތައް ފޮހެލިއެވެ. އަދި ފުންނޭވާއެއް ދޫކޮށްލިއެވެ. ''އަހަރެން ދިއުން ރަގަޅުވާނީ، އިތުރުކަމެއް ވެއްޖެނަމަ އަހަންނަށް ގުޅައްޗޭ...'' ޒޯހާއަށް ބަލާލަމުން އަފަލާކް ހިތި ހިނިތުންވުމެއް ދިނެވެ. މަންޒަރު ބަލަން ހުރި ޒޯހާގެ ހިތުގައި ރިއްސާލިއެވެ. އޭނަގެ އަތުން ދޫކޮށްލުމަށްފަހު ފަސްދީ ހިނގައިގަތް އަފްލާއަށް ބަލަން ޒޯހާއަށް ހުރެވުނެވެ. އޭރު ލޮލަށް ޖަމާވެފައިވި ކަރުނަތަކުން މަންޒަރުތައް އޭނައަށް ފެންނަމުން ދިޔަނީ ނިކަން ފުސްކޮށެވެ. ''ކީއްކުރަން އޭނަގެ ފަހަތުން ތިދަނީ؟...'' ވޯޑުން ނިކުންނަން ދިޔަ ޒޯހާއަށް ނުރުހުމާއެކު ފަޒީލާ ބުންޏެވެ. ނަމަވެސް އެއަޑު ޒޯހާއަށް އިވުނު ހެނެއް ހިޔެއް ނުވެއެވެ. އަތުގެ ނުފުށުން ކަރުނަތައް ފޮހެމުން ދުވެފައި ގޮސް ވޯޑުން ނިކުތެވެ. ދެންމެ ހިނގި ހަމަނުޖެހުންތަކުގެ ނޭދެވޭ އަސަރު އަފްލާކްއަށް ކުރަން ޒޯހާ ބޭނުމެއް ނުވިއެވެ. ބޮޑުދައިތަގެ ވިހަ ބަސްތަކުން އަފްލާކްއަށް ނުހަނު ފުން އަސަރުތަކެއް ކޮށްފައިވަނިކޮށް އޭނައަށް ވަނީ ފެނިފައެވެ. ޒަހަމުގެ ހާލުގައި ވަނިކޮށް އަފްލާކް އެނަކި ކޮށްލަން ޒޯހާ ބޭނުމެއް ނުވިއެވެ. ***** ''ކޮބާ ހީވޭ ކަމެއް ހެން... ބަލި އެނދުގައި އޮތް މަންމައަށް ވުރެން ޒޯހާއަށް މުހިންމުވީ އެފިިރިހެން މީހާ، އަޅެފަހެ ކީއްވެގެންތަ މޫނިސާއަށް އެއްޗެއް ނުވިސްނިގެން ތިއުޅެނީ؟ި، އެފިިރހެން މީހާއާއި އޭނަގެ ޢާއިލާއަކީ ކެންސަރެއް، އެކެންސަރުގެ މޫގަނޑުގެ ބޮޑުބައެއް މިހާރުވެސް ފެތުރި ފޫނުބެދޭވަރުގެ ގެއްލުންތަކެއް ވަމުން މިދަނީ، ދެންވެސް ނުފެންނަ ކަމަށް ހަދައިގެން ތިއްބާ ވާނެ ގޮތެއް އަންދާޒާކޮށްލަން ދަތި ވާނެ... މޫނިސާގެ ލޮލުގައި އަނދުން އަޅުވަންވެގެން އައްޔޫބު މިނިވަންކުރަން މަސައްކަތްކުރާކަމަށް ހެދިގެން އެއުޅެނީ، އެމީހުންނާ ހެދި ހުރިހާކަމެއް މިވަނީ... އެރަމީޒުގެ ބަލާވެރިކަން ނުޖެހޭނެ މަ ކުރިންވެސް ދިން އިރުޝާދާ އެއްގޮތަށް ކަންތައް ކުރިނަމަ... އަދިވެސް ވަގުތު އެބައޮތް، މިކަމުން މޫނިސާގެ ޢާއިލާ ސަލާމަތްކުރަން މަސައްކަތްކުރޭ، އެފިރެހެން މީހާއާއި ޒޯހާ ދުރުކުރުވާ، އޭރުން ރަމީޒުގެ އުނދަގުލުން ސަލާމަތްވާނެ... އެނޫން އިތުރު ގޮތެއް ނެތް މިކަމުން ދާއިމީ ހައްލެއް ލިބެން!...'' ޒޯހާ ނިކުމެގެން ދިއުމާއެކު ފަޒީލާ ގޮސް އެހީތެރިޔާގެ ގޮނޑީގައި އިށީނެވެ. އަދި އޭނަގެ ބަނދިވަރު އަމުނަން ފެށިއެވެ. މަގުސަދެއްކަމުގައިވީ މޫނިސާގެ ވިސްނުމާ ކުޅެލުމެވެ. މޫނިސާގެ ނިކަމެތި ހާލުގެ ފައިދާ ނަގަން ފަޒީލާ ހުރީ އަތުކުރިއޮޅާލާފައެވެ. ޒޯހާއާއި އަފްލާކް ދުރުކުރަން އޭނައަށް ލިބިފައި އޮތީ ނިކަން ފަހި ފުރުސަތެކެވެ. ދިމާވި ހާދިސާއަށް ފަހު މޫނިސާގެ ވިސްނުން ފަސާދަކުރުމުގައި އޭނައަށް މިހާރު ކުރިއަށްވުރެން ފަސޭހަވާނެއެވެ. ނަފުސާނީގޮތުން ބަލިކަށިވެ، އުފުލަމުން ދިޔަ ހިތާމަޔާއި ވޭންތަކުން އޭނަގެ ވާހަތަކުން މޫނިސާގެ އިހުސާސްތަކާ ކުޅެވިދާނެކަމުގެ ޔަޤީންކަން އެބައޮތެވެ. ބޭނުންވަނީ ވިސްނުންތެރިކަމެވެ. ''މަގޭ ބަސް ނޭހިކަމުން މިހެން މިވީ، ކިތައް ފަހަރު މަަސައްކަތްކުރިން މޫނިސާއަށް ވިސްނައިދޭން... އަަހަރުމެން ބަރުބާދުކޮށްފަ ނޫނީ އެރަމީޒު ދުލެއް ނުކުރާނެ، ދެންވެސް އެއްޗެއް ވިސްނިގެން ޒޯހާ ހުއްޓުވަބަލަ، ފިރިހެނާއަށް ވުރެން ރަގަޅު މީހުން ޒޯހާއަށް ވާނެ، ދުނިޔެ ހުސްވުމުގެ ކޮޅުމަތި ނޫން ވިއްޔާ މިއީ......'' ހަށަން ބަނދެލަމުން ފަޒީލާ ތުންއަނބުރާލިއެވެ. ހަމަހިމޭންކަމާއެކު މޫނިސާ އޮތީ ފަޒީލާގެ ވާހަކަތައް އަޑުއަހާށެވެ. ރައްދުގައި ބަހެއްވެސް ބުނެނުލިއެވެ. ދައްތަގެ ވާހަތަކުން އޭނަގެ ހިތުގެ ހަމަޖެހުން ގެއްލި ނުތަނަވަސްކަން ވެރިވާން ފެށިއެވެ. ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނީ ސިކުނޑިއަށް ލިބެމުން އައި ބުރަހެލިކަމުގެ ސަބަބުންނެވެ. ***** ހޮސްޕިޓަލްގެ ބޭރުގައި އޮންނަ ޕާރކިން ޒޯނާއި އަރާހަމަކޮށްލި ޒޯހާއަށް، ސައިކަލަށް އަރައި ސްޓާޓްކޮށްލަން އުޅުނު އަފްލާކް ފެނި ބާރަށް ގޮވާލެވުނެވެ. އޭރު ޒޯހާއަށް މައިނޭވާލެވެމުން ދިޔައެވެ. ދުވެފައި އަންނަން ހަދައިގެން ހަށިގަނޑުގެ ހަކަތަ ހުސްވާން ކައިރިވެއްޖެއެވެ. ފުންނޭވާތަކެއްލަމުން މީހާ ހަމައަކަށް އަޅުވަން ޒޯހާ މަސައްކަތްކުރިއެވެ. ޒޯހާގެ އަޑަށް ފަސްއެނބުރި އަފްލާކް ބަލާލިއެވެ. އެވަގުތު ފެނުނު މަންޒަރަކުން އަފްލާކްގެ މޭގަނޑު އަނގަޔަށް އަންނަވަރު ވިއެވެ. އަރިއަޅާލަން އުޅުނު ޒޯހާ ފެނުމާއެކު އަވަސްއަވަހަށް ސައިކަލުގެ ހަރުޖައްސާލަމުން އަފްލާކްއަށް ދުއްވައިގަނެވުނީ ޒޯހާގެ ގާތަށެެވެ. މޫނުމައްޗަށް އަނދިރިވެ އަރިއަޅާލަން އުޅުނު ޒޯހާއަށް ހިފަހައްޓާލެވުނީ އޭނަގެ ގާތަށް އައިސް ހުއްޓުނު އަފްލާކްގެ ގަމީހުގައެވެ. އޭނައަށް އަތްތިލައިގެ ތެރެއަށް އަފްލާކްގެ ގަމީސް ބޮނޑިކޮށްލެވުނީ ބާރަށެވެ. ކަންބޮޑުވެފައި ހުރި އަފްލާކްއަށް އޭނަގެ އަތް ޒޯހާގެ އުނަގަނޑުގައި ވަށާލެވުނެވެ. އަދި ކައިރިކޮށްލެވުނެވެ. އެއާއެކު ޒޯހާ ލައްވީ އަފްލާކްގެ މޭގައެވެ. އެކަމުން ރައްކާތެރިކަން ޒޯހާއަށް އިހުސާސްކުރެވުނެވެ. އިރުކޮޅެއް އެގޮތުގެ މަތީން ފާއިތުވެގެން ދިޔައެވެ. ފުންނޭވާތަކެއް ލަމުން ދިޔަ ޒޯހާ ހަމައަކަށް އެޅެން އިރުކޮޅެއް ނެގިއެވެ. ހެނދުނުއްސުރެން އޭނަގެ ސިކުނޑިއަށް ލިބިފައިވި އުދާސްކަމާއި ހާސްކަމުން ލިބިފައިވި ވަރުބަލިކަމުގެ ސަބަބުން އޭނަގެ ހެޔަށް ގޮތްތަކެއް ވީއެވެ. ހަށިފުރާ ދޫކޮށްލި ނޭވާތަކާއެކު ހަމަޖެހިލަން ޒޯހާ މަސައްކަތްކުރިއެވެ. އަފްލާކްއާއި ދުރަށް ޖެހިލަން ޒޯހާ ގެނައި ހަރަކާތާއެކު ޖެހިލުންވުން އަފްލާކްގެ ފަރާތުން ފެނުނެވެ. އަނެއްކާވެސް ޒޯހާ އަރިއަޅާފާނެތީ އެނުތަނަވަސްކަން އަފްލާކްގެ ދެލޮލުން ފެނެއެވެ. އަފްލާކްއަށް ބަލާލި ޒޯހާގެ ހިތުގައި ރިއްސާލިއެވެ. އެދެލޮލުން އޭނައަށް ފެނުނު ޝުޢޫރުތަކުން ހިތް ގެނބުނުކަހަލަ އިހުސާސެއް ކުރެވުނެވެ. ހުރިހާ ހިތާމަޔަކާއި އުދާހެއް އޮއްބާލަން އަފްލާކް އެދަނީ މަސައްކަތްކުރަމުންނެވެ. އޭގެ ސަބަބުން ހުރިހާކަމެއް ބަރުދާސްތުކުރަން ދަތިވާ ހިސާބަށް ގޮސްފައިވާކަން ވެސް ޒޯހާއަށް ފާހަގަކުރެވުނެވެ. އޭނަ އިތުރަށް ދެރަވީ އެހެން ވެއެވެ. އަފްލާކްގެ އުދާސްތަކަށް ނިމުން ގެނެސްދިނުމުގައި އޭނަ ނުކުޅެދިފައިވާތީއެވެ. އެވަގުތު އަފްލާކްގެ އަތުގައި ޒޯހާއަށް ހިފަހައްޓާލެވުނެވެ. އަދި ފަނޑުހިނިތުންވުމެއް ދޭން މަސައްކަތްކުރިއެވެ. އެހެނަސް ޒޯހާގެ ހިތުގެ އުދާސްތައް އެކަމަށް ފުރިހަމަ އެއްބާރުލުމެއް ނުދިނެވެ. ''މިހާރު ރަގަޅޭ...'' ޒޯހާ ބުނެލިއެވެ. ދެންވެސް ކަންބޮޑުވުން އަފްލާކްގެ ފަރާތުން ފެނުނެވެ. އޭނަ ޒޯހާގެ ގައިން ދޫކޮށްލީ ކުރިމަތިވެދާނެ އިތުރުކަމަކަށް ހުޝިޔާރުވެގެން ހުރެއެވެ. ނޭގިނަމަވެސް އެއިން ކޮންމެ ކަމަކުން އަފްލާކްގެ ހިތުގައި ޒޯހާއަށް ޓަކައިވާ މަތިވެރި ލޯބި ބަޔާންކޮށްދެމުން ދިޔައެވެ. އެކަންތައް އިހުސާސް ކުރެވުނު ޒޯހާގެ ލޮލުން ކަރުނަތައް ނީރާލިއެވެ. މިއަނިޔާވެރި ދުނިޔޭގައި އޭނައާއި އަފްލާކްއަށް ހަމަޖެހުމެއް ލިބެން ހަމަ ނެތީ ހެއްޔެވެ؟ އާބާއްޖަވެރި ހަޔާތަކަށް ދެކެމުން އައި ހުވަފެންތަކުގައި ކުލަޖެހުމުގެ ފުރުސަތު ލިބެން ނެތީ ހެއްޔެވެ؟ ތަޤުދީރުގެ ނިޔާތަކާ މެދު ޒޯހާގެ ހިތުގައި ވަނީ ހުސް ޝަކުވާތަކެވެ. ***** އެކަނިމާއެކަނި ޖޯލީގައި އޮށޯވެލައިގެން އޮތް މާރިޔާގެ ނަޒަރު ހުއްޓިފައިވަނީ ބަނބުކެޔޮ ގަހުގައި ހޭލަމޭލަވަމުން އައި ކަނދުވަލުދޫނިތަކެވެ. އެސޮރުމެން މިނިވަންކަމުގެ ރާހަތުގެ ތެރޭގައި އުދުހެމުން އުފާކުރަމުން ދިޔަ މަންޒަރު ފެނި މާރިޔާގެ ހިތުގައި ހަސަދަވެރިކަން އުފެދުނެވެ. އެފަދަ މިނިވަންކަމެއް އޭނައާއި އަފްލާކްއަށް ވެސް ލިބިފައިވިނަމަ ކިހާ ރަގަޅު ހެއްޔޭ މަރިޔާގެ ހިތަށް އަރަމުން ދިޔައެވެ. ރަމީޒުގެ ނުފޫޒުން އެދަމައިންނަށް ސަލާމަތެއް ލިބިފައިވިނަމައޭ ވެސް ހިތަށް އަރަމުން ދިޔައެވެ. ރަމީޒުގެ ނުބައިކަމުން އިތުރު ޢާއިލާއެއް ބަރުބާދުވެގެންދާ ތަން ދެކެން ހިމޭނުން ހުންނަން މާރިޔާ ބޭނުމެއް ނުވިއެވެ. މިއަދު މޫނިސާ އަނބުރައިގަތް ޚަބަރާއި، އެޢާއިލާ ބަދުނާމުވެފައިވާ މިންވަރާއި، އުފަލަމުން ދާ ހިތާމަތައް ފެނި މާރިޔާ ވަނީ ގޮތްހުސްވެފައެވެ. އަފްލާކްގެ އުދާސްތައް ފެނިވެސް މާރިޔާ ހުންނަނީ ފިކުރުބޮޑުވެފައެވެ. ފުންވިސްނުމެއްގެ ތެރެއަށް މާރިޔާ ގެއްލުނެވެ. އަމިއްލަ ޒަމީރާއި އެތައް މަޝްވަރާއެއް ކުރުމަށްފަހު މާރިޔާ ނިންމީ ރަމީޒުއާ ބައްދަލުކުރަން ދާށެވެ. ރަމީޒުގެ ފައިބުޑަށް ވެއްޓި އާދޭސްކޮށްގެން ވިޔަސް އަފްލާކްގެ މިނިވަންކަމާއި އުފަލަށް އެދި ސަލާންޖަހަން އޭނަ ބޭނުމެވެ. ޒޯހާގެ ޢާއިލާއަށް ކުރިމަތިކުރަވަމުން ދިޔަ ފިއްތުންތަކާއި ދުއްތުރާތަކަށް ނިމުންގެނެސްދިނުމަށް އެދި އާދޭސް ކުރަން ވެސް މެއެވެ. އައްޔޫބުގެ ބޮލުގައި އެޅިފައިވި ދޮގު ތުހުމަތުތަކުން މިންޖުކޮށްދިނުމަށް އެދި އާދޭސްކުރަން ވެސް މެއެވެ. އެކަމަށް ކޮންމެ ފަދަ ޤުރުބާނީއެއް ވާން ވިޔަސް މާރިޔާއަށް ވަރިހަމައެވެ. ***** ހޮސްޕިޓަލާއި ކައިރީގައި އޮންނަ ގޮނޑުދޮށް ކައިރީގައި ހުރި ހިލަ ގޮނޑިއެއްގައި ޒޯހާ އިށީންދެލައިގެން އިނެވެ. އޭރު އެހިސާބުގަނޑުގައި ހުންނަ ފިހާރަޔަކުން ފެންފުޅިއެއް ގަނެގެން އަންނަ އަފްލާކްއަށް ޒޯހާގެ ނަޒަރު ހުއްޓިފައިވިއެވެ. އަފްލާކް އައިސް ޒޯހާގެ އަތަށް ފެންފުޅި ދިއްކޮށްލިއެވެ. އަދި ޒޯހާގެ ގާތުގައި އިށީނެވެ. އަތުގައި އޮތް ފެންފުޅިން ޒޯހާ ކޯވަރެއް ބޯލިއެވެ. ފެނުގައިވި ފިނިކަމުގެ އަސަރު އަރުތެރެއަށާއި ޖިސްމަށް ފެތުރިގެން ދިއުމާއެކު ހަމަޖެހުން ގެނެސްދިނެވެ. އިތުރު ކޯވަރެއް ވެސް ޒޯހާ ބޯލިއެވެ. އޭރު އަފްލާކްގެ ނަޒަރު ހުއްޓިފައިވަނީ ގަސްކަރައިގެ ތެރޭން ފުރޭނިގެން ގޮސް ފެންނަން އޮތް މޫދަށެވެ. ކަނޑުން އަންނަ ފިނި ރޯޅިތަކުން ފަޒާގައި ހަރުލާފައި ވަނީ އަރާމުކުރުވަނިވި ފިނިކަމެކެވެ. ރާޅުތަކުގެ ލުއިލުއި އަޑު ވެސް އިރުއިރުކޮޅާ އިވެމުން ދިޔައެވެ. ''އައެމް ސޮރީ...'' ހިމޭންކަމުގެ ސުކޫތަކަށް ފަހު އަފްލާކް ބުންޏެވެ. އޭނައަށް ޒޯހާއާއި ހަތަރުކަޅި ހަމަކުރަން އުނދަގޫވެފައިވާ މިންވަރު އަމަލުތަކުން ބަޔާންކޮށްދެއެވެ. ''މަޢާފަށް އެދޭވަރުގެ ކަމެއް ނުވޭ... ވެދިޔަ އެއްވެސް ކަމެއްގައި އަހަރެން އަދި މަންމަ ވެސް އަފްލާކް ކުށްވެރިއެއް ނުކުރޭ، ސޯ ޕްލީޒް، ސްޓޮޕް ބްލޭމިންގް ޔޯރ ސެލްފް... ބޮޑުދައިތަގެ ވާހަކަތަކާ މެދު ނުވިސްނާ...'' އަފްލާކްގެ އަތުގައި ޒޯހާ ހިފާލިއެވެ. ދެންވެސް އަފްލާކް ބަލާނުލިއެވެ. އެދެލޮލުގައި ވަނީ ރިހުމެވެ. ''ބައްޕަ އެހެން ކަންތައް އެކުރަނީ އަހަރެން ޒޯހާއާއި ވަކިނުވާނަންކަމަށް ބުނުމުން... ބޮޑުދައިތަ ބުނީ ދޮގު ވާހަކަތަކެއް ނޫން... ދިސް އިޒް ހެޕެނިންގް ބިކޯޒް އޮފް މީ...'' އަފްލާކް ބުންޏެވެ. އަހަރެން ޒޯހާގެ ދިރިއުޅުމަށް އައި ފަހުން އަބަދުވެސް ކުރިމަތިލާން ޖެހިފައިވަނީ ހިތާމަތަކާ، އަހަރެންގެ ފަރާތުން ޒޯހާއަށް އުފަލެއް ނުލިބޭ...'' ''އަފްލާކް، އަހަންނަށް ބަލާބަލަ...'' ޒޯހާގެ އަޑުގައި ވަނީ އާދޭހެވެ. ''ޕްލީޒް...'' ފުންނޭވާއެއް ދޫކޮށްލަމުން އަފްލާކް ޒޯހާއަށް ބަލާލިއެވެ. އެވަގުތު ޒޯހާގެ ލޮލުގައިވި ކަރުނަތައް ފެނި އަފްލާކްގެ ހިތުގައި ރިއްސާލިއެވެ. ''ދެން ތިހެން ދުވަހަވެސް ބުނެގެން ނުވާނެ!... މިހެން ކަންތައް މިވަނީ އަފްލާކްގެ ސަބަބުންނެއް ނޫން... މީގެ ފަހުން އަމިއްލަ ނަފުސު ކުށްވެރިކޮށްގެން ނުވާނެ، ރަމީޒު ބޭނުންވާ ގޮތަކީ ވެސް އެއީ...'' އަފްލާކްއަށް ވިސްނައިދޭން ޒޯހާ މަސައްކަތްކުރިއެވެ. އަފްލާކްގެ ހިތާމަތަކަށް ލުޔެއް ހޯދައިދޭން ވެސް މެއެވެ. އެހިތުގައިވާ ޒަހަމްތަކުގެ ޝިފާއަކަށް ވާން ވެސް މެއެވެ. ''އަހަރެން އަފްލާކްއަށް އިތުބާރުކުރަން، މާތްﷲގެ އިރާދަފުޅާއެކު ބައްޕަގެ ކުށެއް ނެތްކަން ސާބިތުވާނެ... އަދި ބައްޕަ މިނިވަންވެސް ވާނެ، ނުބައި މީހުނަށް އަބަދު ކާމިޔާބެއް ނުލިބޭނެ، އަބަދުވެސް ހައްޤަށް ނަސްރު ލިބޭނީ...'' ޒޯހާ ބުންޏެވެ. ޒޯހާގެ ވާހަތަކުން އަފްލާކްގެ ހިތަށް ކުޑަ ނަމަވެސް ތަސައްލީއެއް ލިބުނެވެ. ހަމަޖެހުމުގެ ނޭވާއެއް ވެސް ދޫކޮށްލެވުނެވެ. ***** ރޭގަނޑުގެ ވަގުތެވެ. ރެސްޓޯރެންޓްގެ މޭޒުދޮށުގައި ރަމީޒުއާއި ފަހީމް މަޝްވަރާކުރަމުން ދިޔައީ އެމީހުންގެ ރޭވުމުގެ އިތުރު މަރުހަލާތައް ކާމިޔާބުކުރާނެ ގޮތަކާ މެދުގައެވެ. ހުރިހާ ދިމާއަކުން ވެސް އެމީހުންގެ މަޅިފަތިތަކުގައި އަފްލާކް ހައްޔަރުކުރަން އެމީހުން ނުހަނު ބޭނުމެވެ. ''ކޯޓުން ވެސް ކުރިއެރުން ލިބޭނީ އަހަރުމެންނަށް... ކޯޓުގައި ތިބޭނީ ހުސް އަހަރެން ދަންނަ މީހުން، ކަމަކު އެދެފިއްޔާ ނޫނެކޭ ބުނަން އެކަކަށް ވެސް ނުކެރޭނެ... އެހެންނޫނީ އެމީހުންގެ ސިއްރުތައް ބޭޒާރުކޮށްލާނެކަމުގެ ބިރު އޮންނާނެ ވިއްޔާ...'' ހިނިގަނޑެއް ޖަހާލަމުން ފަހީމް ބުންޏެވެ. ރަމީޒު ވެސް ހިނިތުންވެލިއެވެ. އޭނަގެ މޫނުމަތިން ހަމަޖެހުން ފެނެއެވެ. ''މާދަން ރަމީޒު ވާނެ އެއަންހެނާއާއި ބައްދަލުކުރަން... އޭނަގެ ބައްޕަ ޖަލުން މިނިވަން ކުރަން ބޭނުންވާނަމަ އަފްލާކްއާއި ދުރުވާން ބުނޭ، އަދި އަފްލާކް ނުފެންނަ ހިސާބަކަށް ދާން އެމީހުނަށް ފައިސާ ދީ، ބޮޑު އަަދަދެއް ދިނީމަ ތިބޭނެ ދުނިޔެއިން މޮޔަވެފަ!...'' އަތުގައި އޮތް ކޯކުތަށިން ކޯވަރެއް ބޯލަމުން ފަހީމް ބުނެލިއެވެ. އެއާއެކު ރަމީޒު އެއްބަސް ވިއެވެ. ''ފައިސާ ހުރުމުން ނުވާނީ ކޮންކަމެއް، އައްޔޫބު އެންމެ އިތުބާރުކުރި މީހާވެސް އެންމެ ފަހު ވަގުތު ފައިސާގެ ދަހިވެތިކަމުގައި އޭނައަށް ދިނީ ލަނޑު...'' ރަމީޒު ބުނެލިއެވެ. ''އަހާނ، މިއޮއް އައީނު މިކަން ކާމިޔާބުކޮށް ދިނުމުގައި އަހަރުމެންނަށް އެހީވެދިން މީހާ...'' ރަމީޒު ގޮނޑިން ތެދުވެލަމުން ސަލާމަތް އަތްދިއްކޮށްލިއެވެ. އެވަގުތު މޭޒު ކައިރިއަށް އައިސް ހުއްޓުނު މެދު އުމުރުގެ މީހާއަށް ފަހީމް ބަލާލީ ޝައުޤުވެރިކަމާއެކު އެވެ. ވާފިރު އައިސް ރަމީޒުގެ އަތުގައި ހިފާ ސަލާންކޮށްލިއެވެ. އަދި ފަހީމްއަށް ވެސް ސަލާމަށް އަތްދިއްކޮށްލިއެވެ. (ނުނިމޭ) އިންދިރާސް... (7) އިތުރަށް ވިދާޅުވުމަށް (ނުނިމޭ...)
އިންދިރާސް... (8)
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)އަށް މިރޭ ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނިގޮތުން އެ ދަތުރުފުޅަކީ ޔޫއޭއީގެ ވަލީއަހުދު ހިޒް ހައިނެސް މުހައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އެއީ މާދަމާ އެގައުމުގައި ބާއްވާ "ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑްސް" އަދި "އިނޯގްރޭޝަން އޮފް ދަ އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް" ހަފްލާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސޯލިހު ކުރައްވާ ދަތުރުފުޅެއް ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ. ރައީސް ސޯލިހުގެ އަރިހުގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ. މިއީ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް ސޯލިހު ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭން ބޭރަށް ވަޑައިގަންނަވާ ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ ވަޑައިގަތީ އިންޑިއާ އަށެވެ.
ރައީސް ސޯލިހު ޔޫއޭއީއަށް ފުރާވަޑައިގެންފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ދެ ބިދޭސީން މާލެއިން ހައްޔަރުކޮށްފި އެވެ. ފުލުހުން މިއަދު ބުނީ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރީ 21 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ. އެމީހުންގެ ގައުމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ފުލުހުން ވަނީ އެމީޙުންގެ އަތުން މަސްތުވާތެކެތި ހުރި 57 ރަބަރު ޕެކެޓް ހޯދައިފަ އެވެ. ފުލުހުން ބުނީ އެތަނުން އެކަކު ހައްޔަރު ކުރީ ރާއްޖެ އައި ތަނުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ކަމަށެވެ. އެމީހާގެ ލަގެޖު ކަސްޓަމުން ސްކޭންކުރި އިރު މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 31 ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެެވެ. އަނެއް މީހާ ހައްޔަރު ކުރީ އެމީހާ ދިރިއުޅޭ ގެއިން ކަމަށް ފުލުހުން ބުނެ އެވެ. އޭނާގެ ދިރިއުޅޭ ގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްް ހުރި 26 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ދެމީހުންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ. ރާއްޖެ އައި މީހެއްގެ އަތުން 1.6 މިލިއަން ރުފިޔާގެ ޑްރަގު އަތުލައިގެންފި އިތުރަށް ވިދާޅުވުމަށް މިދިޔަ ބުދަ ދުވަހު ކަސްޓަމްސް އިން ވަނީ ބަންގްލަދޭޝް އިން ރާއްޖެ އައި އެ ގައުމުގެ ރައްޔިތެއްގެ އަތުން 1.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފަ އެވެ. ކަސްޓަމްސް އިން ބުނީ އޭނާގެ އަތުން ފެނުނު ޕެކެޓުތަކުން 2084 އޮރެންޖު ކުލައިގެ ގުޅަ ފެނުނު ކަމަށެވެ. އަދި އެ ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމިން (ޔާބާ)އަށް ޕޮޒިޓިވްވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ދެމީހަކު ހައްޔަރު ކޮށްފި
ދާކާ (ޖަނަވަރީ 13) : މުސާރަ އާއި އިނާޔަތްތައް ބޮޑު ކުރުމަށް ގޮވާލައި މުޒާހަރާ ކުރަމުން ގެންދާ ބަންގްލަދޭޝްގެ ގާމެންޓްސް އިންޑަސްޓްރީގެ މުވައްޒަފުންގެ މުސާރަ ނުދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ ގާމެންޓްސް ފެޑަރޭޝަންގެ ރައީސް ސިއްދީގުއްރަޙްމާން ދެއްވައިފި އެވެ. މުޒާހަރާކުރާ މުވައްޒަފުންނާ މުޚަތަބު ކުރައްވައި ވާހަކަ ދައްކަވަމުން ސިއްދީގުއްރަޙްމާން ވިދާޅުވީ ހޯމަދުވަހު މުޒާހަރާކޮށްފި ނަމަ އެ މުޒާހަރާގައި ބައިވެރިވި އެއްވެސް މީހަކަށް މުސާރަ ނުދޭނެ ކަމަށާއި އަދި ބަންގްލަދޭޝްގެ ގާމެންޓްސް އިންޑަސްޓްރީގެ ކާރުޚާނާތައް ވެސް ދިގު މުއްދަތަކަށް ބަންދު ކުރާނެ ކަމުގަ އެވެ. މުސާރަ އާއި އިނާޔަތްތައް ބޮޑުކޮށްދިނުމަށް ގޮވާލައި ބަންގްލަދޭޝްގެ ގާމެންޓްސް އިންޑަސްޓްރީގައި މަސައްކަތްކުރާ އެތައް ހާސް ބަޔަކު މުޒާހަރާ ކުރަމުންގެންދާތާ ދެ ހަފުތާވެފައިވާއިރު ވެސް އެމީހުންގެ އެދޭ އެދުންތަކަށް ސަރުކާރުންނާއި ގާމެންޓްސް ފެޑަރޭޝަނުން އިޖާބަ ދީފައެއްނުވެ އެވެ. މީގެ އިތުރުން މުޒާހަރާކުރާ މީހުންނާ ދެކޮޅަށް ބަންގްލަދޭޝްގެ ފުލުހުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން އެކަކު މަރުވެ އެތައް ސަތޭކަ ބަޔަކު ވަނީ ޒަޚަމްވެފަ އެވެ. ބަންގްލަދޭޝްގެ ގާމެންޓްސް އިންޑަސްޓްރީގެ މުވައްޒަފުން ކުރަމުން ގެންދާ މުޒާހަރާތަކުގައި އެމީހުން އެދޭ އެދުންތަކުގެ ތެރޭގައި މުވައްޒަފަކަށް ލިބޭ އެންމެ ކުޑަ މުސާރަ ކަނޑައެޅުމާއި މިހާރު ލިބޭ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމާއި ޗުއްޓީތަކާއި ސަލާމުގެ ދުވަސްތަކާއި އެނޫން ވެސް މުވައްޒަފުންނަށް ދޭން ޖެހޭ ފަސޭހަތައް މިހާރަށް ވުރެ ލުއިގޮތަކަށް ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ގޮވާލުން ހިމެނެ އެވެ. މީގެ އިތުރުން ގާމެންޓްސް އިންޑަސްޓްރީގެ ކާރުޚާނާތަކުގެ މަސައްކަތު މާހައުލު ރަނގަނޅުކޮށްދިނުމާއި މުވައްޒަފުންގެ ސިއްޙީ ކަންކަމަށްދޭ ސަމާލުކަން އިތުރުކުރުމަށް ވެސް މުވައްޒަފުން ގެންދަނީ ގޮވާލަމުންނެވެ. ބަންގްލަދޭޝަށް ލިބޭ ބޭރު ފައިސާގެ ބޮޑުބައެއް ހިއްސާކުރަނީ އެގައުމުގެ ގާމެންޓްސް އިންޑަސްޓްރީންނެވެ. ޗައިނާ ފިޔަވައި ދެން އެންމެ ބޮޑު ގާމެންޓްސް އިންޑަސްޓްރީ އޮންނަނީ ބަންގްލަދޭޝްގަ އެވެ. ނަމަވެސް އެ އިންޑަސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަވެފައި އެމީހުންގެ ދިރިއުޅުމުގެ ޙާލަތު ވަރަށް ދަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. ބަންގްލަދޭޝްގެ ގާމެންޓްސް އިންޑަސްޓްރީގެ މުވައްޒަފުންގެ ތެރެއިން 90 ޕަސެންޓް މީހުންނަކީ އަންހެނުންނެވެ. (ރޮއިޓާސް)
ބަންގްލަދޭޝްގައި މުޒާހަރާކުރާ މުވައްޒަފުންނަށް މުސާރަ ނުދޭން ނިންމައިފި
އާއިލީ ބައްދަލުވުމަށް މާފުށީ ޖަލަށް ދިޔަ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ އިއްޔެ ހެނދުނު އާއިލީ ބައްދަލުވުމަށް މާފުށީ ޖަލަށް ދިޔަ 27 އަހަރު މީހަކު މަސްތުވާތަކެއްޗާއެކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާގެ އަތުން މަސްތުވާތަކެތި ކަމަަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ސެލޯފިން ކޮޅާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ތިން ރަބަރު ކޮޅާއި، މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މީހާއާ މެދު ގޮތެއް ނިންމުމަށް މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އެމީހާގެ ބަންދަށް 13 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެމައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އާއިލީ ބައްދަލުވުމަށް ޖަލަށް ދިޔަ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި
ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބަލައި ތަހުގީގު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލުތައް ހިމެނޭ ގޮތަށް "ކުޑަކުދިންގެ އަދުލުގެ ގަވައިދު" ނަމުގައި ސުޕްރީމް ކޯޓުން ގަވައިދެއް އެކުލަވާލައިފި އެވެ. އެ ގަވައިދުގެ މަގުސަދަކީ ކުޑިންގެ މައްޗަށް ދައުވާ ކުރެވޭ މައްސަލަތައް އަވަސް ކުރުމާއި ތަހުގީގު އަވަސްކުރުމާއި ޝަރީއަތުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް މަގުފަހި ކުރުން ކަމަށް ވަނީ ބުނެފަ އެވެ. އެ ގަވައިދުގައި ބުނެފައިވާ ގޮތުން ކުޑަކުދިންގެ މައްސަލަތައް އަވަސްމިނެއްގައި ހިންގަން ޖެހޭނެ އެވެ. އަދި ކުށުގެ ތުހުމަތު ކުރެވޭ ކުޑަކުއްޖާގެ މައުލޫމާތު ސިއްރު ކުރުމާއި ނޫސްވެރިންނާއި ރިޕޯޓަރުންނަށް އެ މައުލޫމާތު ހިއްސާ ނުކުރުށް ގަވައިދުގައި ވަނީ ބުނެފަ އެވެ. ކުށުގައި ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރު ވެސް ގަވައިދުގައި ވަނީ ބަޔާންކޮށްފަ އެވެ. އެގޮތުން ކުއްޖާގެ އުމުރުން 10 އަހަރު ފުރުމާ ހަމައަށް ކުއްޖާ ކުރާ ކުށުގެ ޒިންމާ އުފުލަން ނުޖެހޭނެ ކަމަށް ގަވައިދުގައި ވަނީ ބުނެފަ އެވެ. އަދި އުމުރުން 10 އަހަރުން ފެށިގެން 15 އަހަރު ފުރުމާ ހަމައަށް ބައެއް ކުށްކުށަށް ކުއްޖާ ޒިންމާ ވާން ޖެހޭ ގޮތަށް ގަވާއިދުގައި ވަނީ ލިޔެފަ އެވެ. އެގޮތުން މީހުން މެރުމާއި، ޓެރަރިޒަމްގެ އަމަލުތަކާއި ރާވައިގެން ހިންގާ ބޮޑެތި ކުށްކުރާ ކުދިން ހިމެނެ އެވެ. ކުޑަކުދިންނަށް ކުށުގެ ތުހުމަތު ކުރެވިގެން އެމައްސަލައެއް ތަހުގީގުކުރާއިރު ތަހުގީގު ކުރާ މީހުން ތިބެންޖެހޭނީ އާދައިގެ ހެދުމުގައި ކަމަށް ގަވާއިދުގައި ވަނީ ބުނެފަ އެވެ. އަދި ކުޑަކުއްޖާގެ މައްސަލަ ބަލައި ތަހުގީގު ކުރަން ވަނީ ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާގެ ހާޒިރުގައި ކަމަށް ވެސް ބުނެފައިވެ އެވެ. ކުޑަކުދިންގެ އަދުލުގެ ގަވާއިދުގައި ވަނީ ކުޑަކުދިންގެ ޝަރީއަތް ހިންގާނެ ގޮތާއި، ހައްޔަރު ކުރުމާއި ބަންދު ކުރުމާއި، ތަހުގީގުގައި ސުވާލު ކުރުން ފަދަ ހުރިހާ ކަމެއްގައި އަމަލު ކުރާނެ ގޮތް ތަފްސީލުކޮށް ލިޔެފަ އެވެ.
ކުޑަކުދިންގެ އަދުލުގެ ގަވާއިދެއް ސުޕްރީމް ކޯޓުން އެކުލަވާލައިފި
ދެއްކި ވާހަކަތަކަކާ ގުޅިގެން ދީނީ އިލްމުވެރިޔާ ޝެއިހު އަލީ ޒައިދު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި އެވެ. ޒައިދު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައި ވަނީ މިރޭ 8:30 ހަށެވެ. ޒައިދު ކުރި ޓްވީޓެއްގައި ވިދާޅުވީ އޭނާ ފުލުހުންގެ އިދާރާއަށް އެގަޑިއަށް ހާޒިރުވާނެ ކަމަށެވެ. އަދި އޭނާ ކުރި ޓްވީޓެއް ވިއްޔާ ހުންނާނީ ފެންނަން ކަމަށާއި އޭގެ އިތުރުން މީސް މީހުން އޭނާއާ ބެހޭގޮތުން ދޮގު ވާހަކަ ފަތުރާއިރު އެކަމަށް ފިޔަވަޅު ނާޅާ ފުލުހަށް އޭނާ ހާޒިރު ކުރާތީ ޒައިދު ކަންބޮޑުވުން ފާޅުކުރި އެވެ. އޭނާ ފުލުހުންގެ ކިބައިން އެދިފައި ވަނީ އަދުލުވެރިވެ ލެއްވުމަށެވެ. ދީނީ މައްސަލަތަކުގައި އެކި އެކި އިންޒާރުގެ ވާހަކަ ދައްކާ ސޯޝިއަލް މީޑިއާގައި ބަހުސް ކުރަމުންދާ މައްސަލާގައި މީގެ ކުރިން ވެސް ފުލުހުންގެ އިދާރާއަށް ހާޒިރު ކުރި އެވެ. އޭގެ ތެރޭގައި ސިރޫ އާޓްސް ހިންގާ މުހައްމަދު ޝިރުހާންވެސް ހިމެނެ އެވެ. އަދި ނޫސްވެރިޔާ އައިޝަތު އާނިޔާވެސް ފުލުހުންގެ އިދާރާއަށް ހާޒިރު ކުރި އެވެ. އިސްލާމް ދީނަށް ފުރައްސާރަ ކުރާ ފަރާތްތަކާއި، އެފަދަ މީހުންނަށް ގެއްލުން ދިނުމަށް ގޮވާލާ ފަރާތްތަކާ މެދުވެސް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ މިދިޔަ ހަފްތާގައި ބުނެފަ އެވެ.
ޝެއިހު އަލީ ޒައިދު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި
ގްލޯބަލް ބޭންކިންގް އެންޑް ފައިނޭންސް އެވޯޑްގައި ވޭތުވެ ދިޔަ އަހަރުގެ ބެސްޓް އިންވެސްޓަރ ރިލޭޝަންސް ކުންފުންޏަކަށް އުރީދޫ މޯލްޑިވްސް ހޮވިއްޖެ އެވެ. ގްލޯބަލް ބޭންކިންގް އެންޑް ފައިނޭންސް އެވޯޑަކީ 2011 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. އުރީދޫ މޯލްޑިވްސްގް ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ ގްލޯބަލް ބޭންކިންގ އެންޑް ފައިނޭންސްގެ ފަރާތުން ބެސްޓް އިންވެސްޓަރ ރިލޭޝަންސް ކޮމްޕެނީ މޯލްޑިވްސް އެވޯޑް ލިބުމަކީ އުރީދޫއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެ ކާމިޔާބީއާ އެކު އިންވެސްޓަރުންނާއި ކުންފުންޏާ ދެމެދު ކުރާ މުއާމަލާތްތައް ފުރިހަމަކުރުމަށް އުރީދޫގެ އިންވެސްޓަރ ރިލޭޝަންސް ޓީމު ކުރަމުންދާ އީޖާދީ މަސައްކަތްތައް ބަލައިގަނެވިފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށް ނަޖީބު ވިދާޅުވި އެވެ. " އުރީދޫ މޯލްޑިވްސްގެ ޙިއްޞާދާރުންގެ ފަރާތުން އަބަދުމެ ލިބެމުންދާ ހިތްވަރާއި އިތުބާރުގެ އަގުވަޒަންކޮށް. މި ގާތް ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރިއަށް އޮތްތަނުގައިވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވަން." އުރީދޫ މޯލްޑިވްސްގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ. މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ލިސްޓިންގ ގަވާއިދުގައި ވާގޮތުގެމަތިން، އުރީދޫ މޯލްޑިވްސްގެ ޙިއްޞާތައް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަސްމީކޮށް ލިސްޓުކޮށްފައިވަނީ 2017 ވަނަ އަހަރުގެ އޮގަސްޓު މަހު އެވެ. އުރީދޫ މޯލްޑިވްސްގެ އައިޕީއޯގައި 14,045,260 ހިއްސާ 8257 ހިއްސަދާރުންނަށް ވިއްކުމަށްފަހު ޖުމްލަ 421,357,800 ރުފިޔާ ހޯދާފައިވާއިރު، ވިއްކާފައިވާ ހިއްސާއަކީ އެ ކުންފުނީގެ ދޫކޮށްފައިވާ ހިއްސާގެ 9.5 ޕަސެންޓެވެ. "އުރީދޫ މޯލްޑިވްސްގެ މިލްކުވެރިކަން ރާއްޖޭގެ އެކި ހިސާބުތަކަށް ބަހާލުމުގެ މަގުސަދުގައި އިންވެސްޓްމަންޓު ފަހަށް ރައްކާކުރުމަށް ރާއްޖޭގައި ހުރި ފުރުސަތުތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އުރީދޫ މޯލްޑިވްސް އިން ޤާއިމްކޮށްފައިވާ ސްޓްރެޓަޖީ ވަނީ މި ހާއްސަ އެވޯޑު ލިބުމަށް މަގުފަހިކޮށްދީފައި. އުރީދޫ މޯލްޑިވްސްގެ މުވައްޒަފުންގެ މިންނަތް މަސައްކަތުގެ ނަތީޖާ އެއްގެ ގޮތުން، 8،000 އަށް ވުރެ ގިނަ އިންވެސްޓަރުންނާއެކު، އުރީދޫ ވެގެންދިޔައީ ދިވެހިރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ރަޖިސްޓަރ ކޮށްފައިވާ އެންމެ ބޮޑު ޝެއާހޯލްޑަރ ބޭސް ހިމެނޭ ކުންފުންޏަށް." އުރީދޫގެ ޑައިރެކްޓަރު ދީނާ ހުސައިން ވިދާޅުވި އެވެ. މިދިއަ އަހަރު އުރީދޫއަށް ވަނީ އެކްސެލަންސް އިން އިންފޯމޭޝަން އެންޑް ކޮމިއުނިކޭޝަން އަދި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އޮފް ދަ އިޔަރ ވެސް ލިބިފަ އެވެ.
ބެސްޓް އިންވެސްޓަރ ރިލޭޝަންސް ކުންފުނީގެ މަގާމު އުރީދުއަށް
ގައުމީ އިނާމާއި ޚާއްސަ އިނާމު ދެ މުނާސަބަތެއްގައި ގެންދިޔުމުގެ ލަފަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފިއެވެ. ރައީސް ސޯލިހް ވަނީ މިއަދު ރައީސް އޮފީހުގައި އަލަށް އެކުލަވާލި ގައުމީ އިނާމާ ބެހޭ ކޮމިޓީއާއި ހާއްސަ އިނާމާ ބެހޭ ކޮމިޓީއާ ބައްދަލު ކުރައްވައިފައެވެ. މި ބައްދަލު ކުރެއްވުމުގައ،ި ގައުމީ އިނާމާއި ހާއްސަ އިނާމު ދެ މުނާސަބަތެއްގައި ދެއްވަން ފެނިވަޑައިގަންނަވާކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި އެކަމާ ގުޅޭގޮތުން ދެ ކޮމިޓީގައި މަޝްވަރާކުރެއްވުމަށްފަހު ފެނިވަޑައިގަންނަވާ ލަފައެއް ދެއްވުމަށް ރައީސް ސޯލިހް ވަނީ އެދިވަޑައިގެންފައެވެ. ގައުމީ އިނާމާއި ޚާއްސަ އިނާމު މީގެކުރިން ބާއްވަމުން ގެންދެވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. މިއަދު އިނާމާ ބެހޭ ކޮމިޓީތަކާ ބައްދަލުކޮށް، އިނާމާ ބެހޭ ކޮމިޓީތަކުގެ މަސައްކަތް ކުރިއެކޭވެސް އެއްގޮތަށް ހަމަހަމަކަމާއި އިންސާފާއެކު ކުރިޔަށް ގެންދެވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. އަދި، ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަކީ، އެބޭފުޅަކު އެ ޚިދްމަތް ކުރައްވާ ދާއިރާއަކުން އިނާމު ޙައްޤު މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނަށް ވާންޖެހޭ ކަމަށް ވިދާޅުވެ، މިކަމަށް ވަރަށްބޮޑު އިސްކަމެއް ދެއްވުމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުން ދެއްވާ ޚާއްޞަ އިނާމުގެ މުހިންމު ކަން ފާހަގަކޮށް ރައީސް ވިދާޅުވީ، އިނާމު ދެއްވުމަށް މިހާރު ބައްލަވާ މިންގަނޑުތައް އަލުން ދިރާސާ ކުރައްވައި، ގެންނަވަންޖެހޭ އިސްލާހުތައް ގެންނެވުމަށާއި، ހާއްސަކޮށް ރާއްޖެއިން ބޭރުން ތައުލީމު ހާސިލުކުރައްވާ ފަރާތްތަކަށް މުޅި ޔުނިވާސިޓީން އެއްވަނަ ލިބުނު ނަމަވެސް 85 އިންސައްތަ ހަމަނުވުމުގެ ސަބަބުން އިނާމަށް ޝަރުތުހަމަނުވާ ބައި ކޮންމެވެސް ހަމަޖެހޭ އުސޫލަކުން އެ ދަރިވަރުންގެ ވެސް ހިތްވަރުގެ އަގުވަޒަންކުރުމަށް ބާރު އެޅޭނެ ފަދަ ގޮތަކަށް އެކުލަވައިލެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. ގައުމީ އިނާމާއި ހާއްސަ އިނާމާ ބެހޭ ކޮމިޓީ އެކުލަވާލައިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ގައުމީ އިނާމާ ބެހޭ ކޮމެޓީއަށް ބޭފުޅުން އައްޔަންކޮށްފި އިތުރަށް ވިދާޅުވުމަށް
ގައުމީ އަދި ހާއްސަ އިނާމު ދެ މުނާސަބަތެއްގައި ގެންދިޔުމުގެ ލަފަޔަކަށް ރައީސް އެދިވަޑައިގެންފި
އިދިކޮޅު ޕީޕީއެމްގެ ފަރާތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރުމަށް ޓިކެޓް ދިން ނަމަވެސް އޭނާ ވާދަކުރައްވާނީ އަމިއްލަ ގޮތުން ކަމަށް ނިމިދިޔަ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ. ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ތާއިދު ކުރައްވާ ފަރާތްތަކަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރުމަށް ޓިކެޓް ދެއްވިއިރު ޑރ. ޝައިނީއަށް ވަނީ ހެންވޭރު އުތުރު ދާއިރާގެ ޓިކެޓް ދެއްވާފަ އެވެ. ނަމަވެސް ޓިކެޓް ދިން ފަހުން ޑރ. ޝައިނީ، ވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބްއާ ބައްދަލު ކުރައްވާފަ އެވެ. އަދި އެ މައްސަލާގައި ޕީޕީއެމްގެ ލީޑާޝިޕްގައި ހިމެނޭ ފަރާތްތަކުގެ އިތުރުން އާންމު މެންބަރުން ވަނީ ޑރ. ޝައިނީއަށް ފާޑު ކިޔާފައެވެ. ޑރ. ޝައިނީ ރަސްމީކޮށް އިއްޔެ ކެމްޕެއިން ފަށާފައިވާއިރު، އޭނާ 'ސަން' އަށް ވިދާޅުވީ މަޖިލީހަށް ކުރިމަތިލާނީ އަމިއްލަ ގޮތުން ކަމަށެވެ. "އެއްވެސް ޕާޓީއެއްގެ ޓިކެޓުގައި ވާދަކުރުމުގެ ވިސްނުމެއް ނެތް. އަމިއްލަ ގޮތުން ވާދަކޮށް ގޮނޑި ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުން މިދަނީ،" ޑރ. ޝައިނީ ވިދާޅުވި އެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހު މިވަގުތު އޮތް ގޮތުން އެއްވެސް ޕާޓީއަކާ ގުޅިވަޑައިގަތުމުގެ ވިސްނުން މިވަގުތު ނެތް ކަން ޑރ. ޝައިނީ ވިދާޅުވިއެވެ.
ޕީޕީއެމްގެ ޓިކެޓް ދިނަސް ޑރ. ޝައިނީ ވާދަކުރައްވާނީ އަމިއްލަ ގޮތުން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވަޒީރުންގެ ތެރެއިން އެންމެ ގާބިލް އެއް ވަޒީރަކީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނުހުލާ ކަން ފާހަގަކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ތައުރީފް ކުރައްވައިފިއެވެ. ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިއަދު ޕީޕީއެމް އޮފީސް ހިންގާ ހ. ހުރަފާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް ވިދާޅުވީ، ނަހުލާއާ ހަވާލުކުރެވިފައިވާ މަސައްކަތް ކުރެއްވުމަށް އެކަމަނާ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށެވެ. ޕީއެންސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް ނަހުލާއަށް ތައުރީފް ކުރައްވައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުގައި މަސައްކަތް ކުރައްވައި ތަޖުރިބާ ހުރި ވަޒީރުންނަށް ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ 'ކައިރީގައި ހިފަހައްޓާ ނުލެވޭ މަންޒަރު' ފެނިގެން ދާ ކަމަށެވެ. "އެހެންވީމަ މި ސަރުކާރުގެ އެންމެ ވަރުގަދަ މިނިސްޓަރަކަށް އަޅުގަނޑު ގަބޫލު ކުރަނީ ޓްރާންސްޕޯޓް މިނިސްޓަރު،" ޕީއެންސީ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވާ އަބްދުއްރަހީމް ވިދާޅުވި އެވެ. ނަހުލާ ފާހަގަވެގެން ދަނީ އެކަމަނާގެ ފިރިކަލުން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފަދަ ވަރުގަދަ ލީޑަރަކަށް ވެގެން އަންނަ މަންޒަރު ކަން އަބްދުއްރަހީމް ފާހަގަ ކުރެއްވި އެވެ. އަބްދުއްރަހީމް ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ނިމިދިޔަ ސަރުކާރުން ކުރި ތަރައްގީގެ ބޮޑުތި މަޝްރޫއުތަކުގެ ބަދަލުގައި މިއަދުގެ ސަރުކާރުން ފެނިގެން ދަނީ މުއައްސަސާތަކުގެ ނަން ބޯޑުތައް ބަދަލުކޮށް ކޮމިޝަންތައް އުފެއްދުމުގެ މަސައްކަތް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަދުރޭގެ ތައުރީފް ނަހުލާއަށް، އެންމެ ވަރުގަދަ މިނިސްޓަރަކީ އެކަމަނާ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވަޒީރުންގެ ތެރެއިން އެންމެ ގާބިލް އެއް ވަޒީރަކީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނުހުލާ ކަން ފާހަގަކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ތައުރީފް ކުރައްވައިފިއެވެ. ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިއަދު ޕީޕީއެމް އޮފީސް ހިންގާ ހ. ހުރަފާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް ވިދާޅުވީ، ނަހުލާއާ ހަވާލުކުރެވިފައިވާ މަސައްކަތް ކުރެއްވުމަށް އެކަމަނާ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށެވެ. ޕީއެންސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް ނަހުލާއަށް ތައުރީފް ކުރައްވައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުގައި މަސައްކަތް ކުރައްވައި ތަޖުރިބާ ހުރި ވަޒީރުންނަށް ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ 'ކައިރީގައި ހިފަހައްޓާ ނުލެވޭ މަންޒަރު' ފެނިގެން ދާ ކަމަށެވެ. "އެހެންވީމަ މި ސަރުކާރުގެ އެންމެ ވަރުގަދަ މިނިސްޓަރަކަށް އަޅުގަނޑު ގަބޫލު ކުރަނީ ޓްރާންސްޕޯޓް މިނިސްޓަރު،" ޕީއެންސީ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވާ އަބްދުއްރަހީމް ވިދާޅުވި އެވެ. ނަހުލާ ފާހަގަވެގެން ދަނީ އެކަމަނާގެ ފިރިކަލުން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފަދަ ވަރުގަދަ ލީޑަރަކަށް ވެގެން އަންނަ މަންޒަރު ކަން އަބްދުއްރަހީމް ފާހަގަ ކުރެއްވި އެވެ. އަބްދުއްރަހީމް ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ނިމިދިޔަ ސަރުކާރުން ކުރި ތަރައްގީގެ ބޮޑުތި މަޝްރޫއުތަކުގެ ބަދަލުގައި މިއަދުގެ ސަރުކާރުން ފެނިގެން ދަނީ މުއައްސަސާތަކުގެ ނަން ބޯޑުތައް ބަދަލުކޮށް ކޮމިޝަންތައް އުފެއްދުމުގެ މަސައްކަތް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަދުރޭގެ ތައުރީފް ނަހުލާއަށް، އެންމެ ވަރުގަދަ މިނިސްޓަރަކީ އެކަމަނާ
ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ، އާޖެންޓީނާގެ ކުރީގެ ތަރި ޑިއޭގޯ މަރަޑޯނާގެ ކާމިޔާބު އޮޕަރޭޝަނެއް މިއަދު ކޮށްފިއެވެ. އާރޖެންޓީނާގެ ކުރީގެ ކެޕްޓަން އަދި މިހާރު މެކްސިކޯގެ ޑޮރަޑޮސްއަށް އިރުޝާދުދެމުން އަންނަ ކޯޗު މިއަދުގެ ވަގުތެއްގައި އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށާއި ވީ އެންމެ އަވަހަކަށް ޑޮރަޑޮސްގެ ކޯޗު ކަމާއި އެނބުރި ހަވާލުވާނެ ކަމަށް މަރަޑޯނާއާ ހަވާލާދީ އޭނާގެ ލޯޔަރު މައުލޫމާތުދެއެވެ. މި އޮޕަރޭޝަން ކޮށްފައި ވަނީ އާޖެންޓީނާގެ ވެރި ރަށް ބިއުނަސް އޭރީޒްގެ ކްލިނިކާ އޮލިވޯސްގައެވެ. ޑިއޭގޯ މަރަޑޯނާ ވޯލްޑް ކަޕް އުފުލާލަނީ މި އޮޕަރޭޝަން ކުރުމުގެ 3 ދުވަސް ކުރިން އެއްވެސް ކަމަކާ ނުލައި ސަޕޯޓަރުން ހާސް ކުރެވުނީތީ މާފަށް އެދޭ ކަމަށް ބުނެ 58 އަހަރުގެ މަރަޑޯނާ ވަނީ އޭނާގެ އިންސްޓަގްރާމުގެ ޕޭޖުގައި ޕޯސްޓެއް ވެސް ކޮށްފައެވެ. މީގެ ހަފްތާއެއްހާ ދުވަސް ކުރިން މަރަޑޯނާ ވަނީ ބިއުނަސް އޭރީޒްގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކޮށްފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާ އެޑްމިޓް ކުރެވިފައި ވަނީ ގޮހޮރުން ލޭ އަންނާތީ ކަމަށްވެއެވެ. ނަމަވެސް މަރަޑޯނާގެ ދަރިއެއް ކަމަށްވާ ޑަލްމާ ވަނީ އެކަން ދޮގު ކޮށްފައެވެ. އޭނާ ބުނެފައިވަނީ ސީރިއަސް އެއްވެސް މައްސަލައެއް އޭނާގެ ބައްޕައަށް ކުރިމަތި ނުވާ ކަމަށެވެ. "ޑިއޭގޯ މަރަޑޯނާ މިއަދު ވަނީ އޮޕަރޭޝަނެއް ކޮށްފަ. އަދި މި އޮޕަރޭޝަން ކާމިޔާބު ވުމުގައި އެހީތެރިވި ހުރިހާ އެންމެންނަށް ޝުކުރުވެރިވަން. މިހާރު ބަލަމުން މިދަނީ މަރަޑޯނާގެ ސިއްހީ ހާލަތު ރަނގަޅުވެ ވީހާވެސް އަވަހަކަށް ކޯޗު ކަމާއި ގުޅެވޭނެ ދުވަހަކަށް،" މަރަޑޯނާގެ ލޯޔަރު މަޓިއަސް މޯލާ ބުންޏެވެ. މެކްސިކޯގެ އެސެންސޯ އެމްއެކްސް ކުލޯސަރާގައި ވާދަ ކުރުމުގެ ގޮތުން ޑޮރަޑޮސްއާ މަރަޑޯނާ ގުޅިފައިވަނީ މި އަހަރުގެ ޖަނަވަރީ 6ގައެވެ. އޭގެ ފަހުން މަރަޑޯނާ ކޯޗު ކަމުގައި ކުޅެވުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ ސެލެޔާއާއި ވާދަކޮށް 0-1 އިން ބަލިވެފައެވެ. ދެން އެންމެ އަވަހަށް ޑޮރަޑޮސް ވާދަކުރާ މެޗެއް އޮންނާނީ މިހަފްތާގެ ބުދަ ދުވަހުއެވެ. މި މެޗުގައި ޑޮރަޑޯސް ނުކުންނާނީ ކުއަރެޓެރޯ އާއި ދެކޮޅަށެވެ.
ކާމިޔާބު އޮޕަރޭޝަނަކަށް ފަހު މަރަޑޯނާ އެނބުރި ޑޮރަޑޮސްގެ ކޯޗު ކަމަށްް
ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ، އާޖެންޓީނާގެ ކުރީގެ ތަރި ޑިއޭގޯ މަރަޑޯނާގެ ކާމިޔާބު އޮޕަރޭޝަނެއް މިއަދު ކޮށްފިއެވެ. އާރޖެންޓީނާގެ ކުރީގެ ކެޕްޓަން އަދި މިހާރު މެކްސިކޯގެ ޑޮރަޑޮސްއަށް އިރުޝާދުދެމުން އަންނަ ކޯޗު މިއަދުގެ ވަގުތެއްގައި އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށާއި ވީ އެންމެ އަވަހަކަށް ޑޮރަޑޮސްގެ ކޯޗު ކަމާއި އެނބުރި ހަވާލުވާނެ ކަމަށް މަރަޑޯނާއާ ހަވާލާދީ އޭނާގެ ލޯޔަރު މައުލޫމާތުދެއެވެ. މި އޮޕަރޭޝަން ކޮށްފައި ވަނީ އާޖެންޓީނާގެ ވެރި ރަށް ބިއުނަސް އޭރީޒްގެ ކްލިނިކާ އޮލިވޯސްގައެވެ. ޑިއޭގޯ މަރަޑޯނާ ވޯލްޑް ކަޕް އުފުލާލަނީ މި އޮޕަރޭޝަން ކުރުމުގެ 3 ދުވަސް ކުރިން އެއްވެސް ކަމަކާ ނުލައި ސަޕޯޓަރުން ހާސް ކުރެވުނީތީ މާފަށް އެދޭ ކަމަށް ބުނެ 58 އަހަރުގެ މަރަޑޯނާ ވަނީ އޭނާގެ އިންސްޓަގްރާމުގެ ޕޭޖުގައި ޕޯސްޓެއް ވެސް ކޮށްފައެވެ. މީގެ ހަފްތާއެއްހާ ދުވަސް ކުރިން މަރަޑޯނާ ވަނީ ބިއުނަސް އޭރީޒްގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކޮށްފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާ އެޑްމިޓް ކުރެވިފައި ވަނީ ގޮހޮރުން ލޭ އަންނާތީ ކަމަށްވެއެވެ. ނަމަވެސް މަރަޑޯނާގެ ދަރިއެއް ކަމަށްވާ ޑަލްމާ ވަނީ އެކަން ދޮގު ކޮށްފައެވެ. އޭނާ ބުނެފައިވަނީ ސީރިއަސް އެއްވެސް މައްސަލައެއް އޭނާގެ ބައްޕައަށް ކުރިމަތި ނުވާ ކަމަށެވެ. "ޑިއޭގޯ މަރަޑޯނާ މިއަދު ވަނީ އޮޕަރޭޝަނެއް ކޮށްފަ. އަދި މި އޮޕަރޭޝަން ކާމިޔާބު ވުމުގައި އެހީތެރިވި ހުރިހާ އެންމެންނަށް ޝުކުރުވެރިވަން. މިހާރު ބަލަމުން މިދަނީ މަރަޑޯނާގެ ސިއްހީ ހާލަތު ރަނގަޅުވެ ވީހާވެސް އަވަހަކަށް ކޯޗު ކަމާއި ގުޅެވޭނެ ދުވަހަކަށް،" މަރަޑޯނާގެ ލޯޔަރު މަޓިއަސް މޯލާ ބުންޏެވެ. މެކްސިކޯގެ އެސެންސޯ އެމްއެކްސް ކުލޯސަރާގައި ވާދަ ކުރުމުގެ ގޮތުން ޑޮރަޑޮސްއާ މަރަޑޯނާ ގުޅިފައިވަނީ މި އަހަރުގެ ޖަނަވަރީ 6ގައެވެ. އޭގެ ފަހުން މަރަޑޯނާ ކޯޗު ކަމުގައި ކުޅެވުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ ސެލެޔާއާއި ވާދަކޮށް 0-1 އިން ބަލިވެފައެވެ. ދެން އެންމެ އަވަހަށް ޑޮރަޑޮސް ވާދަކުރާ މެޗެއް އޮންނާނީ މިހަފްތާގެ ބުދަ ދުވަހުއެވެ. މި މެޗުގައި ޑޮރަޑޯސް ނުކުންނާނީ ކުއަރެޓެރޯ އާއި ދެކޮޅަށެވެ.
ކާމިޔާބު އޮޕަރޭޝަނަކަށް ފަހު މަރަޑޯނާ އެނބުރި ޑޮރަޑޮސްގެ ކޯޗު ކަމަށްް
ދިރާސީ އައު އަހަރާ އެކު އިންސްޓިޓިއުޓް އޮފް ހޮލީ ގުރުއާނުގެ ފަރާތުން އެ އިންސްޓިޓިއުޓްގެ ހަތަރު ވަނަ ކެމްޕަސް ފުވައްމުލަކު ސިޓީގައި މިއަދު ހުޅުވައިފި އެވެ. ސަތޭކަ ދަރިވަރުންނާ އެކު ހުޅުވި ކެމްޕަހަކީ ޒަމާނީ ޑިޖިޓަލް ވަސީލަތްތަކާ އެކު ހިމެނޭ ފަސް ކްލާސްރޫމާ އެކު ހުޅުވި ކެމްޕަހެެއް ކަމަށް އެ އިންސްޓިޓިއުޓުން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ. އެ ކެމްޕަސް ހުޅުއްވައި ދެއްވީ އެ ގްރޫޕްގެ ޗެއާމަން ޢަބްދުﷲ ޝާކިރު މުޙައްމަދާއި އޭނާގެ އަނބިކަބަލުން އަފީފާ މުޙައްމަދު ދީދީ އެވެ. އިންސްޓިޓިއުޓް އޮފް ހޮލީ ޤުރުއާންގެ އާ ކެމްޕަސް ހުޅުވުމުގެ ތެރެއިން އިންސްޓިޓިއުޓް އޮފް ހޮލީ ގުރުއާން އަކީ 2012 ވަނަ އަހަރުން ފެށިގެން ކުޑަކުދިންނަށް ޤުރުއާނުގެ ޢިލްމު އުނގައްނައިދިނުމުގެ މަގުސަދުގައި އުފެއްދިފައިވާ އިންސްޓިޓިއުޓެކެވެ. މި އިންސްޓިޓިއުޓްގެ ފަރާތުން މާލޭގައި ދެ ކެމްޕަސް އަދި ހުޅުމާލޭގައި ކެމްޕަސްއެއްގެ ޚިދުމަތް މިހާރު ވެސް ދަނީ ދެމުންނެވެ.
"ހޮލީ ޤުރުއާން"ގެ އާ ކެމްޕަސްއެއް ފުވައްމުލަކުގައި ހުޅުވައިފި
ޕީޕީއެމްގެ ބެލެނިވެރި ފަރާތާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ބަލަމުން އަންނަ މައްސަލަ އެ ފަރާތްތަކާ އެއްކޮޅަށް ނިމުނު ނަމަވެސް އެ ޕާޓީއަށް އަލުން އަނބުރާ ދިއުމުގެ ވިސްނުމެއް ނެތް ކަމަށް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. ޕީޕީއެމްގެ އޮފީސް ހުންނަ ހ. ހުރަފާ ގޭގައި ޕީއެންސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮނަދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން މިހާރު ޕީޕީއެމްގެ ލީޑާޝިޕްގައި ތިބި ފަރާތްތަކުން އާ ޕާޓީއެއް އުފައްދަން ޖެހުނީ ޕީޕީއެމްގެ ލީޑާޝިޕާ ގުޅޭ ގޮތުން މައްސަލަތައް އުފެދި ކޯޓު މަރުހަލާ ދިގުލައިގެން ދިއުމުން ކަމަށެވެ. "ޕީއެންސީ ރަޖިސްޓްރީ ވެއްޖިއްޔާ އަޅުގަނޑުމެން ތިބޭނީ މި ޕާޓީގައި. ޕީޕީއެމްގައި މިހާރު އޮތް ލީޑާޝިޕަކީ ސައްހަ ލީޑާޝިޕެއް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި ނަމަ އެ ޕާޓީ ވެސް އޮންނާނެ. އަޅުގަނޑުމެނަށް ދެން ޕީޕީއެމްއާ އެކު ކޯލިޝަން ހަދައިގެން ވެސް މަސައްކަތް ކުރެވޭނެ ނޫން ތޯ،" ދާދި ފަހަކާ ޖެހެން ދެން ޕީޕީއެމްގެ ނައިބް ރައީސްގެ ގޮތުގައި ހުންނެވި އަބްދުއްރަހީމް ވިދާޅުވި އެވެ. ޕީއެންސީ އުފެއްދުމުގެ މަސައްކަތުގައި އެންމެ އިސްކޮށް އޭނާ ހުންނެވި ނަމަވެސް އެ ޕާޓީއަކީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްނެންގެވުމުގެ ތެރެއިން އެމަނިކުފާނުގެ ވިސްނުންފުޅާ އެއްގޮތަށް ކުރިއަށް ދާނެ ޕާޓީއެއް ކަން އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ. "ރައީސް ޔާމީން އެއީ ކޮންގްރެސް ޕާޓީ. ކޮންގްރެސް ޕާޓީ އަކީ ރައީސް ޔާމީން. އެހެންވީމާ ރައީސް ޔާމީން ބޭނުންފުޅު ވަގުތެއްގައި ކޮންގްރެސް ޕާޓީއަށް ގުޅުމުގެ ފުރުސަތު އޮންނާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ. ޕީޕީއެމްގެ ބޮޑު ދަރަންޏެއް އޮއްވައި އެ ޕާޓީ ދޫކޮށް އެހެން ޕާޓީއެއް ނުހެދޭނެ ކަމަށް އިލެކްޝަނުން މީގެ ކުރިން ބުނި ނަމަވެސް އަބްދުއްރަހީމް ވިދާޅުވީ އެ ފަރާތްތަކަށް އާ ޕާޓީއެއް ނުއުފެއްދޭނެ އެއްވެސް ގާނޫނީ ހުރަހެއް ނެތް ކަމަށާއި އަދި މިއަދު އިލެކްޝަންގެ ރައީސްއާ ބައްދަލު ކުރެއްވުމުން 'އޮންނަ އުސޫލުގެ ތެރެއިން އެ ޕާޓީ އުފެއްދުމުގެ ހުއްދަ ދޭނެ' ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
ޕީޕީއެމް ލިބުނަސް ދެން ނުދާނަން، ކޯލިޝަން ހެދި ދާނެ: އަދުރޭ
ކުރިޔަށް އޮތްތާގައި މާލެއާއި ހުޅުމާލޭގައި އިތުރު ސްކޫލްތަކެއް އާ ފަރުމާތަކަށް ބިނާކުރެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ. ހުޅުމާލޭ ނެބާހުޑް 1 ގައި އިމާރާތް ކޮށްފައިވާ ރާއްޖޭގެ އެންމެ ބޮޑު ސްކޫލް "ހުރަވީ ސްކޫލް" ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މާލޭ ސަރަހައްދުގައި އާބާދީ ގިނަވަމުން ދާ އިރު އިތުރު ސްކޫލްތަކެއް ގާއިމް ކުރެވެން ޖެހޭ ކަމަށެވެ. "ސަރުކާރުގެ ސިޔާސަތަކީ ދަރިވަރުންގެ ކިޔެވުމަށާއި އުޅުމަށް ބޮޑެތި ކުރިއެރުންތައް ގެނައުމަށްޓަކައި އެއް ދަންފަޅިއަށް ހުރިހާ ސްކޫލެއް ބަދަލު ކުރުން. މި ސިޔާސަތު ތަންފީޒުކުރުމަށް ހުޅުމާލެއާއި މާލޭގެ އާބާދީ ގިނަވަމުންދާ ނިސްބަތުން އިތުުރު ސްކޫލްތައް މި ސަރަހައްދުތަކުގައި ގާއިމް ކުރެވެން ޖެހޭ،" ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ. "އެހެން ކަމުން ކުރިޔަށް އޮތް އަހަރުތަކުގައި ހުޅުމާލެއާ މާލޭގައި އާ ސްކޫލުތައް އިމާރާތް ކުރެވިގެން ދާނެ،" މިނިސްޓަރު ވިދާޅުވީ، އެ ސްކޫލްތައް ވެގެން ދާނީ ޖާގައިގެ ގޮތުން ބޮޑުއަދި އާ ފަރުމާއަކަށް އިމާރާތް ކުރެވިގެން ދާނެ ސްކޫލްތަކެއް ކަމަށެވެ. "ސްކޫލްތަކުގައި ދަރިވަރުންނަށް ނާސްތާ ދިނުމުގެ އިންތިޒާމް ފުރިހަމަ ކުރުމަށްޓަކައި އެެހެންޏާ ނުހުންނަ ޖާގަތައް އާ ސްކޫލުތަކުގައި ހިމެނިގެން ދާނެ. އެހެން ކަމުން އެ ސްކޫޅުތައް އެޅިގެން ދާނީ އާ ފަރުމާ އަކަށް ބިނާވާ ސްކޫލްތަކަަކަށް،" މިނިސްޓަރު ވިދާޅުވިއެވެ. ރާއްޖޭގައި 213 ސްކޫލެއްގައި ކިޔަވައި ދެމުން ދާއިރު، 134 ސްކޫލަކީ އެއް ދަންފަޅި އަށް ކިޔަވާދެމުން އަންނަ ސްކޫލްތަކެވެ. ބާކީ ހުރި 79 ސްކޫލެއް އެއް ދަންފަޅި އަށް ބަދަލުކުރަން ހާލަތު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ޑރ. އާއިޝަތު އަލީ ވަނީ ވިދާޅުވެފައެވެ.
މާލެއާއި ހުޅުމާލޭގައި އާ ފަރުމާއަކަށް އާ ސްކޫލުތައް ބިނާ ކުރެވޭނެ: ޑރ. އައިޝަތު އަލީ
ބ. އަތޮޅު ފޮނިމަގޫދޫގައި ހިންގާ ރީތި ބީިޗު ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެ ރިސޯޓުގައި ކަރަންޓު ކެނޑުނު މައްސަލަ ހައްލުކޮށް އަލުން ހިދުމަތް ދޭން ފަށައިފި އެވެ. އިއްޔެ ހެނދުނު 11:00 އެހާކަންހާ އިރު ރީތި ބީޗުގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވެފައި ވަނީ އެއެއް އިމާރާރެއްގައި ހުންނަ ރިސޯޓުގެ އިންޖީނު ގޭގެ އާއި ވޯކްޝޮޕުގަ އެވެ. އިންޖީނު ގެޔަށް ލިބުނު ގެއްލުމުގެ ސަބަބުން އެ ރިސޯޓުން ވަނީ ކަރަންޓު ކެނޑިފަ އެވެ. މިއަދު އެ ރިސޯޓުން ބުނީ، ވަގުތީ ޖެނެރޭޓަރުތައް އިންސްޓޯލުކޮށް ކަރަންޓުގެ ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. އަދި ރިސޯޓުގެ އޮޕަރޭޝަންތައް އަނެއްކާ ވެސް ފަށާފައިވާ ކަމަށް އެ ރިސޯޓުން ބުންޏެވެ. އެ ރިސޯޓުން ބުނީ އެ ހާދިސާއާ ގުޅިގެން ބައެއް ފަތުރުވެރިން، ރީތި ފަރު ރިސޯޓަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް، ގިނަ ފަތުރުވެރިން މަޑު ކުރި ކަމަށް ބުންޏެވެ. ރީތި ބީޗުގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ރިސޯޓުގައި ފަތުރުވެރިން ދިރިއުޅޭ ސަރަހައްދާއި މުވައްޒަފުން ތިބޭ ސަރަހައްދާ ހިސާބަށް އަލިފާން ގޮސްފައި ނުވެ އެވެ. އެ ހާދިސާގައި އެއްވެސް ފަތުރުވެރިއަކަށް އަދި މުވައްޒަފަކަށް ގެއްލުމެއް ނުވާ ކަމަށް އެ ރިސޯޓުން ބުންޏެވެ. އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ނޭނގޭ ކަމަށާއި އެކަން، އެމްއެންޑީއެފްއާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އެ ރިސޯޓުން ވަނީ ބުނެފަ އެވެ. ރީތި ބީޗު ރިސޯޓާއި ރީތި ފަރު ރިސޯޓު ހިންގަނީ މެހެގަނީ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުންނެވެ. ރީތި ބީޗު ރިސޯޓުގައި އިއްޔެ އަލިފާނުގެ ހާދިސާއެއް ހިނގި އިރު، މިދިޔަ ދާދި ފަހުން މާލެ އަތޮޅުގައި ހިންގާ ގިލި ލަންކަންފުށި ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ ރިސޯޓުގެ ހަތް ވޯޓާ ވިލާއަކާއި ރެސްޓޯރަންޓެއް ވަނީ މުޅިން އަނދާފަ އެވެ. އެ ރިސޯޓު މިހާރު ވަނީ ވަގުތީ ގޮތުން ބަންދު ވެސް ކޮށްފަ އެވެ.
ރީތި ބީޗު ރިސޯޓުން ކަރަންޓުގެ މައްސަލަ ހައްލުކޮށް ހިދުމަތް ފަށައިފި
ބ. އަތޮޅު ފޮނިމަގޫދޫގައި ހިންގާ ރީތި ބީިޗު ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެ ރިސޯޓުގައި ކަރަންޓު ކެނޑުނު މައްސަލަ ހައްލުކޮށް އަލުން ހިދުމަތް ދޭން ފަށައިފި އެވެ. އިއްޔެ ހެނދުނު 11:00 އެހާކަންހާ އިރު ރީތި ބީޗުގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވެފައި ވަނީ އެއެއް އިމާރާރެއްގައި ހުންނަ ރިސޯޓުގެ އިންޖީނު ގޭގެ އާއި ވޯކްޝޮޕުގަ އެވެ. އިންޖީނު ގެޔަށް ލިބުނު ގެއްލުމުގެ ސަބަބުން އެ ރިސޯޓުން ވަނީ ކަރަންޓު ކެނޑިފަ އެވެ. މިއަދު އެ ރިސޯޓުން ބުނީ، ވަގުތީ ޖެނެރޭޓަރުތައް އިންސްޓޯލުކޮށް ކަރަންޓުގެ ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. އަދި ރިސޯޓުގެ އޮޕަރޭޝަންތައް އަނެއްކާ ވެސް ފަށާފައިވާ ކަމަށް އެ ރިސޯޓުން ބުންޏެވެ. އެ ރިސޯޓުން ބުނީ އެ ހާދިސާއާ ގުޅިގެން ބައެއް ފަތުރުވެރިން، ރީތި ފަރު ރިސޯޓަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް، ގިނަ ފަތުރުވެރިން މަޑު ކުރި ކަމަށް ބުންޏެވެ. ރީތި ބީޗުގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ރިސޯޓުގައި ފަތުރުވެރިން ދިރިއުޅޭ ސަރަހައްދާއި މުވައްޒަފުން ތިބޭ ސަރަހައްދާ ހިސާބަށް އަލިފާން ގޮސްފައި ނުވެ އެވެ. އެ ހާދިސާގައި އެއްވެސް ފަތުރުވެރިއަކަށް އަދި މުވައްޒަފަކަށް ގެއްލުމެއް ނުވާ ކަމަށް އެ ރިސޯޓުން ބުންޏެވެ. އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ނޭނގޭ ކަމަށާއި އެކަން، އެމްއެންޑީއެފްއާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އެ ރިސޯޓުން ވަނީ ބުނެފަ އެވެ. ރީތި ބީޗު ރިސޯޓާއި ރީތި ފަރު ރިސޯޓު ހިންގަނީ މެހެގަނީ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުންނެވެ. ރީތި ބީޗު ރިސޯޓުގައި އިއްޔެ އަލިފާނުގެ ހާދިސާއެއް ހިނގި އިރު، މިދިޔަ ދާދި ފަހުން މާލެ އަތޮޅުގައި ހިންގާ ގިލި ލަންކަންފުށި ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ ރިސޯޓުގެ ހަތް ވޯޓާ ވިލާއަކާއި ރެސްޓޯރަންޓެއް ވަނީ މުޅިން އަނދާފަ އެވެ. އެ ރިސޯޓު މިހާރު ވަނީ ވަގުތީ ގޮތުން ބަންދު ވެސް ކޮށްފަ އެވެ.
ރީތި ބީޗު ރިސޯޓުން ކަރަންޓުގެ މައްސަލަ ހައްލުކޮށް ހިދުމަތް ފަށައިފި
މޫދަށް އެރި އުޅުނު ފިލިޕީންސްގެ ދެ ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ، މަރުވެފައި އޮއްވާ ފެނުނީ 29 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ އަންހެނަކު ކަމަށެވެ. މަރުވެފައި އޮއްވާ ފެނުނީ ކ. ދިއްފުއްޓާއި މީރުފެންފުއްޓާ ދެމެދަށް މޫދަށް އެރި އުޅުނު ދެ ފަތުރުވެރިން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ދެ މީހުންނަކީ ދިއްފުށީގައި ޗުއްޓީ ހޭދަކުރަމުން އައި ދެ މީހުން ކަމަށް އެނގިފައިވެ އެވެ. އެކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 10:56 އެހާކަންހާ އިރު ކަމަށް ވިދާޅުވި އޭނާ އެވެ. އެ ދެމީހުން ދިއްފުށީ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށާއި އެ ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
މޫދަށް އެރި އުޅުނު ފިލިޕީންސްގެ ދެ ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ، މަރުވެފައި އޮއްވާ ފެނުނީ 29 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ އަންހެނަކު ކަމަށެވެ. މަރުވެފައި އޮއްވާ ފެނުނީ ކ. ދިއްފުއްޓާއި މީރުފެންފުއްޓާ ދެމެދަށް މޫދަށް އެރި އުޅުނު ދެ ފަތުރުވެރިން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ދެ މީހުންނަކީ ދިއްފުށީގައި ޗުއްޓީ ހޭދަކުރަމުން އައި ދެ މީހުން ކަމަށް އެނގިފައިވެ އެވެ. އެކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 10:56 އެހާކަންހާ އިރު ކަމަށް ވިދާޅުވި އޭނާ އެވެ. އެ ދެމީހުން ދިއްފުށީ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށާއި އެ ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
ތައުލީމީ ދާއިރާގައި ދިވެހި ޓީޗަރުން އިތުރުކޮށް ބިދޭސީ ޓީޗަރުން މަދު ކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ. މިއަދު ރާއްޖޭގެ އެންމެ ބޮޑު ސްކޫލު ހުރަވީ ސްކޫލު ހުޅުވާދެއްވާ އެ ސްކޫލުގެ ހުރިހާ ޓީޗަރުންނަކީ ދިވެހިން ކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ، މި އަހަރު ބިދޭސީ ޓީޗަރުންގެ އަދަދު މަދުވެ ދިވެހި ޓީޗަރުންގެ އަދަދު ގިނަވާނެ ކަމަށެވެ. "އަޅުގަނޑުމެން މި ބޭނުންވާ ޖަޒީރާ ސްކޫލުގެ ނިޒާމަށް މުޅިން ބަދަލު ކުރުމަށް ޓަކައި މި ދާއިރާގައި ބިދޭސީން މަދުކޮށް، ދިވެހިން އިތުރުކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއް،" ރައީސް ރައީސް ވިދާޅުވީ ސަރުކާރު ސްކޫލުތަކުގައި މިދިޔަ އަހަރު ކިޔަވައިދިން ދިވެހި ޓީޗަރުންގެ އަދަދު 2017 ވަނަ އަހަރާ އަޅާ ބަލާ އިރު ދެ ޕަސެންޓަށް އިތުރުވި އިރު، ބިދޭސީ ޓީޗަރުންގެ އަދަދު 16 ޕަސެންޓަށް ދަށްވެފައިވާ ކަމަށެވެ. "މި އަހަރު 9،800 އަށް ވުރެ ގިނަ ޓީޗަރުން ކިޔަވާދޭ އިރު، މި ފަރަގު މިއަށް ވުރެ ވެސް ބޮޑުވެގެން ދާނެ،" ރައީސް ވިދާޅުވި އެވެ. ރައިސް ވިދާޅުވީ، ރާއްޖޭގެ ގައުމީ ޔުނިވާސިޓީން މި އަހަރު 600 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވާނެ ކަމަށާއި އޭގެ ސަބަބުން ތައުލީމީ ދާއިރާގައި ދިވެހީންގެ ހިއްސާ ބޮޑުވެގެން ދާނެ ކަމަށެވެ. އަދި އެއީ ތައުލީމީ ދާއިރާގައި ޒުވާނުން އިތުރު ކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމަށް ލިބޭނެ އިތުރު ބާރެއް ކަމަށް ރައީސް ސޯލިހް ފާހަގަ ކުރެއްވި އެވެ. "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހި ރާއްޖޭގެ ތަރައްގީއަށް ޓަކައި ކުރަން ޖެހިފައިވާ މަސައްކަތަކީ މީހުން ބިނާ ކުރުން. އިންސާނީ ވަސީލަތްތައް ތަރައްގީކޮށް އިތުރު ކުރުން. މި ސަރުކާރުން ރާއްޖޭގެ ތައްރައްގީއަށް ޓަކައި ކުރާނެ އެންމެ ބޮޑު އެންމެ މުހިންމު މަސައްކަތަކީ ވެސް މިއީ،" ތައުލީމަށް ސަރުކާރުން ދެއްވާ އަހައްމިޔަތުކަން ފާހަގަ ކޮށް ރައީސް ސޯލިހް ވިދާޅުވި އެވެ.
ތައުލީމީ ދާއިރާގައި ދިވެހިން އިތުރު ކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއް: ރައީސް
މާލޭގެ މަގުތަކުން 1000 އަށް ވުރެ ގިނަ ޕެލެޓު ނަގައި ދުވާރުތައް ކައިރީގައި މަގު އުސްކޮށްގެން ރޭމްޕު ހަދަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ. މާލޭގެ ގިނަ އިމާރާތްތަކުގެ ކުރިމަތީގައި ޕެލެޓްތައް ބަހައްޓާތީ ވެހިކަލްތައް ޕާކް ކުރުމަށާއި މީހުން ހިނގައި އުޅުމަށް ދަތިވާ ކަމުގެ ޝަކުވާ ސިޓީ ކައުންސިލަށް ވަނީ ލިބިފަ އެވެ. އެކަމާ ގުޅިގެން މަގުތަކުން ޕެލެޓުތައް ނެގުމުގެ މަސައްކަތް އިއްޔެ ވަނީ ކޮށްފަ އެވެ. މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ހުސައިން ޝަރީފް "ސަން" އަށް ވިދާޅުވީ އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ކައުންސިލުން ރޭ ނިންމާފައި ވަނީ ކޮންމެ ދުވާރަކަށް ވެސް އެރޭ ގޮތަށް ރޭމްޕުތަކެއް ހެދުމަށް ކަމަށެވެ. އަދި ރޭމްޕުތައް ހަދާނީ ދުވާރުގެ ދިގުމިނަށް ބަލާފައި ކަމަށް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން ނިންމާފައި މިވަނީ މަގުގެ ފުޅާ މިނަށް ބަލާފައި ދެކޮޅުގައި ބަހައްޓާ ގޮތަށް. ދެން މާ ދިގު މަގެއް ވިއްޔާ މެދު ތެރޭގައި ވެސް ބަހައްޓާ ގޮތަށް." "އަޅުގަނޑުމެން މަގަށް ބަލާފައި އެގޮތަށް ހަދަނީ. މަގެއް އިނދެދާނެ ދިގު މަގެއް. އެކަމަކު ގަރާޖެއް ވެސް އިނދެދާނެ އެ މަގުގައި. އިނދެއްޖެއްޔާ އެގޮތަށް ބަލާފައި ސާވޭކޮށްފައި އަޅުގަނޑުމެން އެގޮތަށް ހަދާނީ،" އޭނާ ވިދާޅުވި އެވެ. ހުސެއިން ވިދާޅުވީ، އެގޮތައް ރޭމްޕުތައް ހަަދައިދޭނީ އެކަމަށް ބޭނުންވާ ފަރާތްތަކުން އެދުމުން، ސިޓީ ކައުންސިލުން ކަމަށެވެ. އަދި އެ ރޭމްޕުތައް ހަދާނީ، ގާތައް ނަގުމަށް ފަހު ވެލި އަޅައި، މަގު ދުވާރާ އެއްވަރަށް އުސްކޮށްގެން ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެފަދަ ރޭމްޕެއްގެ މިސާލެއް ޖަނަވަރީ މަގުގައި ހުންނަ ސޮނީހާޑްވެއާ ކައިރީގައި މިހާރު ހަދަމުންދާ ކަމަށެވެ. ރޭމްޕް ހެދުމުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ފަށާނެ ކަމަށްވެސް ހުސެއިން ވިދާޅުވި އެވެ.
1000 ޕެލެޓު ނަގައި ބަދަލުގައި ދުވާރު ކައިރީގައި ރޭމްޕު ހަދަނީ
ދުނިޔޭގެ އެންމެ ވާދަވެރި ލީގު، އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސް ވަނީ ވަރުގަދަ މެޗުތަކެއް ކުޅެފަ އެވެ. އެއް ވަނާގައި ހަތް ޕޮއިންޓްގެ ލީޑެއް ލިވަޕޫލް އިން ނެގި މެެޗުގައި ކުޅެފައި ވަނީ ބްރައިޓޮން އާ ދެކޮޅަށެވެ. ދެ ޓީމުގެ ވާދަ ވެރި ކުޅުމަކަށް ފަހު މެޗު ނިމިގެން ދިޔައީ 0-1ގެ ނަތީޖާއަކުން ލިވަޕޫލް ކުރި ހޯދައިގެންނެވެ. އެ މެޗުގެ ހަމަ އެކަނި ގޯލް، މެޗުގެ 50 ވަނަ މިނަޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައި ވަނީ މިސްރުގެ ފޯވާޑް މުހަންމަދު ސަލާހް އެވެ. މުހަންމަދު ސަލާހު ގޯލް ޖެހުމަށް ފަހު އުފާ ފާޅުކުރަނީ ރޭ ސަލާހު ކާމިޔާބު ކޮށްދިން ގޯލާ އެކު އޭނާ ވަނީ މި ސީޒަނުގެ ޓޮޕް ސްކޯރާގެ ރޭހުގެ އެންމެ ކުރީގައި އޮތް ޓޮޓެންހަމްގެ ހެރީ ކޭން އާއި އާސެނަލްގެ ޕެރިކް އޮބަމަޔަންގް އާއި އެއްހަމަ އަކަށް ޖެހިފަ އެވެ. އެއިން ކޮންމެ ކުޅުންތެރިއެެއް މި ސީޒަނުގައި ވަނީ 14 ގޯލް ކާމިޔާބުކޮށްފަ އެވެ. ޗެލްސީ އަދި ނިއު ކާސަލް ޔުނައިޓެޑް ބައްދަލު ކުރި މެޗު 1-2ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ ޗެލްސީ އެވެ. މި މެޗުގައި ޗެލްސީގެ ގޯލްތައް ކާމިޔާބު ކޮށްދީފައި ވަނީ ޕެޑްރޯ އަދި ވިލިއަން އެވެ. ނިއު ކަސަލް އިން ޖެހި ހަމައެކަނި ގޯލު ޖަހާފައި ވަނީ މެޗުގެ 40 ވަނަ މިނަޓުގައި ކިއަރަން ކުލާކް އެވެ. އިނގިރޭސި ފުޓުބޯޅައިގެ ގަދަ ބާރެއްކަމުގައިވާ އާސެނަލް ވަނީ ރޭގެ މެޗުން ބަލި ވެފަ އެވެ. ތާވަލުގެ ނުވަ ވަނާގައި އޮތް ވެސްޓް ހާމްއާ ބައްދަލުކޮށް 0-1ގެ ނަތީޖާއަކުން ބަލިވި މެޗުގައި ވެސްޓް ހާމްގެ ހަމައެކަނި ގޯލް ކާމިޔާބު ކޮށްފައި ވަނީ 48 ވަނަ މިނަޓުގައި ޑެކްލަން ރައިސް އެވެ. މި ބައްޔާ އެކު ތާވަލުގެ ހަތަރު ވަނައަށް އެރުމަށް ކުރަމުން އަންނަ މަސައްކަތަށް ވަނީ ހުރަސްއެޅިފަ އެވެ. ސަބަބަކީ މިހާރު ހަތަރު ވަނާގައި އޮތް ޗެލްސީ ވަނީ ރޭ މެޗުން މޮޅުވެ ހަ ޕޮއިންޓަށް ފަރަގު ބޮޑު ކޮށްފަ އެވެ. ޝޭން ލޯންގު ލެއިސްޓާ ކޮޅަށް ގޯލް ޖެހުމަށް ފަހު ދެހާސް ސޯޅަ ވަނަ އަހަރުގެ ޗެމްޕިއަން ލެއިސްޓާ ސިޓީ އާއި ސައުތަމްޕްޓޮން ބައްދަލު ކުރި ފޯރި ގަދަ މެޗު ނިމިގެން ގޮސްފައި ވަނީ 1-2ގެ ނަތީޖާއަކުން ސައުތަމްޕްޓޮމް ކުރި ހޯދައިގެން އެވެ. އެއް ކުޅުންތެރިއެއް މަދުކޮށް ކުޅުނު ސައުތަމްޕްޓޮމް ރޭގެ މޮޅާ އެކު ރެލިގޭޝަން ޒޯން އިން ވަގުތީ ގޮތުން ވަނީ ސަލާމަތް ވެފަ އެވެ. ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާ އިރު ބާންލީ އާއި ފުލްހަމް ބައްދަލު ކުރި މެޗު 1-2 އިން ބާންލީ ކާމިޔާބު ކުރި އިރު ކާޑިފް އަދި ހަޑަލްސްފީލްޑް ބައްދަލު ކުރި މެޗު ނިމިގެން ގޮސްފައި ވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 އެއްވަރު ވެގެން އެވެ. އޭގެ އިތުރުން ކްރިސްޓަލް ޕެލެސް އަދި ވެޓްފޯޑް ބައްދަލު ކުރި މެޗު 1-2 އިން ކާމިޔާބު ކުރީ ވެޓްފޯޑް އެވެ. މިރޭ ވެސް ޕްރިމިއާ ލީގުގެ ފޯރި ގަދަ މެޗު ތަކެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ޓޮޓެންހަމް އަދި މެންޗެސްޓާ ޔުނައިޓެޑް ބައްދަލު ކުރާ މެޗު ފާހަގަ ކޮށްލެވެ އެވެ.
ރޭ އިނގިރޭސި ޕްރިމިއާ ލީގު މެޗުތަކުގައިވީ ކިހިނެއް؟
ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމުގެ ގޮތުން ރ އިނގުރައިދޫގައި އެމްއެންޑީއެފުން ހިންގި "މޫދު ކަސްރަތުން އުފާވެރިކަން 15" ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. އެމްއެންޑީއެފްއިން ބުނީ އެ ޕްރޮގްރާމުގައި ބައިވެރިވި ހުރިހާ ބައިވެރިންނަށްވެސް ހަނދާނީ ލިޔުން ދީފައިވާކަމަށެވެ. އެ ބައިވެރިންނަށް ހަނދާނީ ލިޔުން ދެއްވީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފެވެ. ޕްރޮގްރާމްގެ ބައިވެރިންގެ ތެރެއިން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލި ބައިވެރިންނަށް އެކަމުގެ އަގުވަޒަންކޮށް ވަނީ ހަނދާނީ ލިޔުން ވެސް ހަވާލުކޮށްފައެވެ. އެމްއެންޑީއެފްއިން ބުނީ ޖުމްލަ 282 ބައިވެރިންނާއެކު އެ ޕްރޮގްރާމް ނިންމާލިއިރު މި ޕްރޮގްރާމަކީ އެންމެ ގިނަ ބައިވެރިންނާއެކު ކުރިއަށް ގެންދިޔަ މިފަދަ ސިލްސިލާ ޕްރޮގްރާމު ކަމަށެވެ. "މޫދު ކަސްރަތުން އުފާވެރިކަން" ޕްރޮގްރާމްގެ މަގްސަދަކީ ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި ދުޅަހެޔޮ ސިއްހަތާއި އިޖުތިމާއީ ފޭރާން ވަރުގަދަ ކުރުމުގެ އިތުރުން އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމްކުރާ އެކުވެރިކަމާއެކު ގުޅިގެން މަސައްކަތް ކުރާ އެއްބައެއްވަންތަ މުޖުތަމައުއެއް ގާއިމުކުރުން ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އިނގުރައިދޫގައި ހިންގި "މޫދު ކަސްރަތުން އުފާވެރިކަން" ޕްރޮގްރާމް ނިންމާލައިފި
އދ. ހަންޏާމީދޫ ސްކޫލުގެ ގްރޭޑް ހަތަރެއް އަދި ފަހެއްގެ ދަރިވަރުން ސްކޫލަށް ނުގެންދިޔުމަށް އެ ދެ ގްރޭޑުގެ ދަރިވަރުންގެ ބެލެނިވެރިން ނިންމައިފި އެވެ. ހަންޏާމީދޫ ސްކޫލުގެ ގްރޭޑް ހަތަރެއް އަދި ފަހެއްގައި ތައުލީމް ހާސިލް ކުރަމުން ދަނީ 18 ދަރިވަރުންނެވެ. އޭގެ ތެރެއިން އެއްވެސް ދަރިވަރަކު މިއަދު ސްކޫލަށް ގެންގޮސްފައެއް ނުވެ އެވެ. "ސަން"އާ ވާހަކަ ދެއްކި ބެލެވެރިއަކު ބުނި ގޮތުގައި އެ ދެ ގްރޭޑުގެ ދަރިވަރުން ސްކޫލަށް ނުގެންދިޔުމަށް ބެލެނެވެރިން ނިންމީ އެ ރަށު ސްކޫލުގައި ގްރޭޑް ހަތަރެއް އަދި ފަހެއް އެއް ކްލާހެއްގެ ގޮތުގައި ގުޅުވާލައިގެން މަލްޓިގްރޭޑުގެ ގޮތުގައި ކިޔަވައިދޭތީ އެކަމާ ހިތްހަމަނުޖެހިގެންނެވެ. އެ ބެލެނެވެރިޔާ ބުނި ގޮތުގައި، އެ ރަށުގެ ބެލެނެވެރިން ބޭނުން ވަނީ ގްރޭޑް ހަތަރެއް އަދި ފަހެއްގެ ކްލާސްތައް ވަކި ވަކީން ނަގައިދިނުމަށެވެ. އަދި އެކަމަށް ވަކާލާތު ކުރަމުންދާތާ މިހާރު ތިން އަހަރުވެފައިވާ ކަމަށް އޭނާ ކިޔައިދިނެވެ. އޭނާ ބުނީ، ގްރޭޑުތައް ވަކި ކުރަން އެ ރަށުގެ ބެލެނެވެރިން މީގެ ކުރިން ވެސް އެޑިއުކޭޝަން މިނިސްޓްރީގައި އެދިފައިވާނެ ކަމަށެވެ. ނަމަވެސް އެކަމަށް މިއަދާ ހަމައަށް ހައްލެއް ނުލިބޭ ކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު "ސަން"އަށް ވިދާޅުވީ، އެ މިނިސްޓްރީގެ ޓީމަށް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ހަންޏާމީދޫއަށް ޒިޔާރަތްކޮށް، ބެލެނިވެރިންނާއި އަދި ސްކޫލާ ވާހަކަ ދައްކާނެ ކަމަށެވެ. އަދި އެ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯއްދަވާނެ ކަމަށް ވިދާޅުވި އެވެ. ހަންޏާމީދޫ ސްކޫލުގެ ބެލެނިވެރިން ކަންބޮޑުވުން ފާޅު ކުރަމުން ދަނީ މަލްޓިގްރޭޑުކޮށް ކިޔަވައިދިނުމުގެ ސަބަބުން ކިޔަވައިދިނުމުގެ ފެންވަރު ދަށްވާ ކަމަށް ބުނެ އެވެ. އަދި ދެ އުމުރެއްގެ ދަރިވަރުން މައްސުނިވުމުން އުމުރާ ނުގުޅޭ ވާހަކަ ދެއްކުމާއި ސަކަރާތް ޖެހުން ބޮޑުވެފައިވާ ކަމަށް ބެލެނިވެރިން ބުނެ އެވެ. ހަންޏާމީދޫ ސްކޫލުގައި 100 އެއްހާ ދަރިވަރުން ތައުލީމު ހާސިލް ކުރަމުންދެ އެވެ. އެ ސްކޫލުގައި ކިޔަވައިދެނީ ގްރޭޑް 10 އަކާ ހަމައަށެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށާފައިވާ އިރު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ސްކޫލުތަކުގައި މިއަދު ދަނީ ކިޔަވައިދެމުންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މި އާ ދިރާސާ އަހަރުގައި 73 ހާހަށް ވުރެ ގިނަ ދަރިވަރުން ދަނީ ތައުލީމު ހާސިލު ކުރަމުންނެވެ.
ހަންޏާމީދޫ ސްކޫލުގެ ބެލެނިވެރިން ރަތަށް: ގްރޭޑު 4،5ގެ ދަރިވަރުން ސްކޫލަކަށް ނުގެންދޭ!
ދިއްލީ (ޖެނުއަރީ 13): އަންނަ މެއި މަހު އިންޑިއާގައި ބާއްވާ އާއްމު އިންތިހާބުގައި އުއްތަރަ ޕްރަދޭޝްއިން ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ވާދަ ކުރުމަށް އެސްޓޭޓުގެ އިދިކޮޅު ދެ ޕާޓީއަކުން ކޯލިޝަން ހަދައިފި އެވެ. އުއްތަރަ ޕްރަދޭޝްގެ ގިނަ އަދަދެއްގެ މީހުން ތާއިދު ކުރާ ސަމަޖުވާދީ ޕާޓީ (އެސްޕީ) އާއި ބަހޫޖާން ސަމަޖް ޕާޓީ (ބީއެސްޕީ)ގައި އިސްކޮށް ތިއްބަވަނީ މީގެ ކުރިން އެސްޓޭޓުގައި ޗީފް މިނިސްޓަރުކަން ކުރެއްވި ދެ ބޭފުޅުންނެވެ. އެއީ އެސްޕީގެ އަކިލޭޝް ޔާދަވް އާއި ބީއެސްޕީގައި އިސްކޮށް ހުންނަވަނީ ދާލިތު ދަރިކޮޅުގެ ކުމާރީ މަޔަވަތީ އެވެ. އިންޑިއާގައި ދަށް ފަންތިއެއްގެ ގޮތުގައި ދެކެވޭ އެތައް މިލިއަން ދާލިތު ދަރިކޮޅުގެ މީހުންގެ މެދުގައި މަގުބޫލު މަޔަވަތީ ވަނީ، އެކޯލިޝަނަކީ ގައުމަށް ގެންނަ "އާ ސިޔާސީ އިންގިލާބެއް" ކަމަށް ވިދާޅުވެފަ އެވެ. އަދި އެކޯލިޝަނުން 76 ގޮނޑިއަށް ވާދަ ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ބީޖޭޕީން ވަނީ އެސްޕީ އާއި ބީއެސްޕީއަށް ތާއިދު ކުރާ ފަރާތްތަކުން ކޯލިޝަނަށް ތާއިދު ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ދެ ޕާޓީގެ މެދުގައި ގިނަ ދުވަސްވީ ތަފާތުތަކެއް ހުރި ކަމަށް ބުނެފަ އެވެ. އިންޑިއާގެ އެންމެ އާބާދީ ބޮޑު ސްޓޭޓު ކަމަށްވާ އުއްތަރަ ޕްރަދޭޝްގެ 80 މެމްބަރުން ގައުމުގެ ޕާލިމެންޓުގެ ތިރީގޭގައި ތިއްބަވަ އެވެ. އަދި އެސްޓޭޓަށް ނިސްބަތްވާ ނުވަ ބޭފުޅުން ވަނީ ގައުމުގެ ބޮޑުވަޒީރުކަން ކުރައްވާފަ އެވެ.
އާއްމު އިންތިހާބުގައި މޯދީއާ ވާދަ ކުރުމަށް އުއްތަރަ ޕްރަދޭޝްގައި ވަރުގަދަ ކޯލިޝަނެއް
ބަތަލާ ނަރްގިސް ފަކްރީ ބަނޑުބޮޑު ކަމަށް ބުނެ ދައުރުވަމުން އަންނަ ރިޕޯޓުތައް ދޮގުކޮށް، ދޮގު މައުލޫމާތު ފަތުރާތީ އޭނާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ. ނަރްގިސްގެ ލޯބިވެރިޔާ މެޓް އަލޮންޒޯގެ ދަރިއަކަށް އޭނާ ބަލިވެ އިން ކަމާމެދު ސުވާލު އުފައްދައި 'ދަ ލައިވް މިރާ' އިން ޚަބަރެއް ޖަހައިފައި ވަނީ ވަރަށް ފަހުން ބޭއްވި ހަފްލާއެއްގައި ނަރްގިސް ދޫކޮށް ހެދުން ލައިފައި ހުރުމުގެ އިތުރުން އޭނާ ކުރިއަށް ވުރެ ފަލަ ކަމަށް ފެންނާތީ އެވެ. އެ ޚަބަރުގެ ސަބަބުން ނަރްގިސް ވަނީ ވަރަށް ބޮޑަށް ރުޅި އައިސްފަ އެވެ. ނަރްގިސް ކުރި ޓުވީޓެއްގައި އޭނާ ވަނީ އެ ޚަބަރު ނެގުމަށް ބުނެފަ އެވެ. އަދި އެ ޚަބަރުގައި ވަނީ ހުސް ދޮގު މައުލޫމާތު ކަމަށާއި ރިޕޯޓަރު އޭނާ "ބޮޑީ ޝޭމް" ކޮށްފައިވާ ކަމަށް ވެސް ނަރްގިސް ބުންޏެވެ. ނަރްގިސް ވަނީ އޭނާ ކޮންމެސް ބައްޔެއްގައި އުޅެމުން އަންނަ ފަދަ އިޝާރާތެއް ވެސް ކޮށްފަ އެވެ. އަދި ޚަބަރެއް ޖެހުމުގެ ކުރިން ކަމުގެ ދެކޮޅު ބަލައި ހުރިހާ ވާހަކައެއް ކަށަވަރު ކުރުމަށް ނަރްގިސް ވަނީ ބުނެފަ އެވެ. ނަރްގިސް އާއި މެޓް ވަނީ އަހަރެއްހާ ދުވަސް ވަންދެން ގުޅިގެން އުޅެފަ އެވެ. ނަމަވެސް މިހާރު ދެމީހުން ވަކިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ދެމީހުން ވަކިވި ކަމަށް ރިޕޯޓުތައް ބުނީ މެޓް އާއެކު އޭނާ އިންސްޓަގްރާމަށް ލައިފައި ހުރި ފޮޓޯތައް ޑިލީޓް ކޮށްލުމުންނެވެ. މިއީ ނަރްގިސް ބަނޑުބޮޑު ކަމަށް ބުނެ ޚަބަރެއް ފެންމަތިވި ފުރަތަމަ ފަހަރެއް ނޫނެވެ. ދެހާސް ހަތް ވަނަ އަހަރު ވެސް އޭނާ ބަނޑުބޮޑު ކަމަށް ވާހަކަތައް ދެކެވުނެވެ. ނަރްގިސް އެންމެ ފަހުން ފެނިގެން ދިޔައީ 2016 ވަނަ އަހަރު ރިލީޒް ކުރި ފިލްމު 'ބަންޖޯ' އިންނެވެ. ދެން އޭނާ އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ ފެބުރުއަރީ މަހު ރިލީޒް ކުރާ ބިރުވެރި ފިލްމު 'އަމާވަސް' އިންނެވެ.
ނަރްގިސް ބަނޑުބޮޑެއް ނޫން
ރާޖްކުމާރު ހިރާނީގެ ފިލްމު 'މުންނާ ބާއީ އެމްބީބީއެސް'ގެ ލަވަ "ޗައިލާ ކިޔާ ސޫރަތު ތީ" އިން ފެނިގެން ދިޔަ އެކްޓަރު ވިޝާލް ތާކަރު ވީނުވީއެއް ނޭނގި ގެއްލިގެން ހޯދާތާ ތިން އަހަރު ވެފައިވާ އިރު، އަދި ވެސް އެއްވެސް ޚަބަރެއް ނުވާކަމަށް ފުލުހުން ބުނެފި އެވެ. ވިޝާލްގެ އާއިލާ އާއި ހަވާލާދީ ފުލުހުން ބުނެފައި ވަނީ ވިޝާލް އެންމެ ފަހުން ގެއިން ނުކުތީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ރޭ 'ސްޓާ ވޯޒް: ދަ ފޯސް އަވޭކަންސް' ބަލަން އޭނާގެ މަންމަ އަތުން 500 ރުޕީޒް ހޯދައިގެން ކަމަށެވެ. އަދި އޭނާ އާއެކު ފިލްމު ބަލަން ދާން މަންމަ ގާތު ބުނި ކަމަށާއި، ނަމަވެސް އޭނާގެ މަންމަ ފިލްމަށް ދާން އިންކާރު ކުރި ކަމަށެވެ. އަދި އެ ރޭ ދަންވަރު އެކެއް ޖަހާ އެހާކަށް ހާއިރު ޕާޓީ އަކަށް ދަނީ ކަމަށާއި، އަނެއް ދުވަހު ބައްދަލު ވާނެ ކަމަށް ބުނެ ވިޝާލް ވަނީ އޭނާގެ ބައްޕައަށް މެސެޖެއް ކޮށްފަ އެވެ. ނަމަވެސް އެއީ ވިޝާލްގެ މައިންބަފައިންނަށް އޭނާގެ ޚަބަރެއްވީ އެންމެ ފަހު ފަހަރެވެ. އޭގެ ފަހުން ވިޝާލް ގެއަށް ގޮސްފައި ނުވާއިރު، މެސެޖެއް ވެސް ކޮށްފައެއް ނުވެ އެވެ. "އަހަންނަށް ޚިޔާލަށް ވެސް ނުގެނެވޭ އަހަރެންގެ ދަރިފުޅަށް ވީގޮތެއް،" ވިޝާލްގެ މަންމަ ބުންޏެވެ. ވިޝާލް ގެއްލުނު އިރު އޭނާ ދިރިއުޅެމުން ދިޔައީ މުމްބާއީގެ މުލުންދުގައި އޭނާގެ މައިންބަފައިންނާ އެކު އެވެ. އަދި އޭނާ އެންމެ ފަހުން ފެނިފައި ވަނީ މުލުންދު އާއި 12 ވަރަކަށް ކިލޯމީޓަރު ދުރުން، ތާނޭގެ މަގެއް މަތިން، 2016 ވަނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހު ހެނދުނު 11:45 ހާއިރު އޭނާގެ ލޯބިވެރިޔާ އާއެކު އެވެ. އޭރު އޭނާ ދިޔައީ ފިލްމެއްގެ ޝޫޓިން އަށެވެ. އަދި 12:10 ގައި އާ އަހަރުގެ ތަހުނިޔާ ކިޔައި ވިޝާލް ވަނީ ފޭސްބުކް ޕޯސްޓެއް ކޮށްފަ އެވެ. އެއަށް ފަހު އޭނާގެ ފޯނު ނިވާލި ގޮތަށް މިއަދާ ހަމައަށް ވެސް އަލުން ހުޅުވައިފައެއް ނުވެ އެވެ. ވަގަށް ނަގައިގެން ލާރި ހޯދަން ވެސް ބަޔަކު އާއިލާ އަށް ގުޅައިފައި ނުވާ އިރު، ވިޝާލް އޭނާގެ ބޭންކް އެކައުންޓު މެދުވެރިކޮށް ފައިސާގެ އެއްވެސް މުއާމަލާތެއް ވެސް ކޮށްފައެއް ނުވެ އެވެ. ވިޝާލް ގެއްލިގެން ފުލުހުން ފުރަތަމަ ތުހުމަތު ކުރީ އޭނާގެ ލޯބިވެރިޔާގެ އަތެއް އެކަމުގައިވާ ކަމަށެވެ. ނަމަވެސް އަންހެން މީހާގެ ބަޔާނުން، ވިޝާލް ގެއްލުމާއި އޭނާ އާއި އެއްވެސް ގުޅުމެއް ނެތްކަން ސާފުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ވިޝާލް މަރާލީ ކަމެއް ނުވަތަ ވަގަށް ނެގީ ކަމެއް ނުވަތަ އޭނާ އަމިއްލައަށްނފިލީ ކަމެއް ވެސް އަދި ނޭނގޭ ކަމަށެވެ. ވިޝާލް އަމިއްލައަށް ފިލީ ކަމަށް ބެލެވެނީ އޮކްޓޫބަރު 2015ގައި އޭނާ އާއި ދެކޮޅަށް ކުރީގެ ލޯބިވެރިޔަކު ފުލުހުންނަށް ހުށަހެޅި ރޭޕްގެ މައްސަލައެއްގެ ސަބަބުންނެވެ. ނަމަވެސް ފަހުން އެ އަންހެން ކުއްޖާ ވަނީ މައްސަލަ އަނބުރާ ގެންގޮސްފައެވެ. ވިޝާލްގެ މަންމަ ބުނީ އެ އަންހެން ކުއްޖާ ފުލުހަށް ދިޔައީ ދެމީހުންގެ ދޭތެރޭގައި ޖެހުނު މައްސަލައެއްގެ ސަބަބުން ކަމަށެވެ. މައްސަލަ އަނބުރާ ގެންދިޔަ ނަމަވެސް އެ މައްސަލައަށް ފަހު އޭނާގެ ކެރިއަރަށް އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރިއެވެ. ފުލުހުން ބުނީ ތިން އަހަރު ވަންދެން ވިޝާލް ހޯދުމުގެ މަސައްކަތް ކުރަމުން އައި ނަމަވެސް، މިއަދާ ޖެހެންދެން ވެސް ވިޝާލްގެ އެއްވެސް ޚަބަރެއް ނުވާ ކަމަށެވެ. 'މުންނާ ބާއީ'ގެ އިތުރުން ވިޝާލް ވަނީ އަޖޭ ދޭވްގަން އަދި ބޮބީ ޑިއޯލް އާއެކު 'ޓެންގޯ ޗާލީ' ގައި ވެސް މައްސައްކަތްކޮށްފަ އެވެ. ފިލްމުގެ އިތުރުން ގިނަ ޓީވީ ޑްރާމާތަކަކުން ވެސް ވިޝާލް ފެނިގެން ދިޔަ އެވެ. އޭގެ ތެރޭގައި 'ތާރަކް މެހެތާކާ އުލްޓާ ޗަޝްމާ' އަދި 'ކިސް ދޭޝް މޭ ހޭ މެރާ ދިލް' ފާހަގަކޮށްލެވެ އެވެ.
އެކްޓަރު ވިޝާލް ތާކަރު ގެއްލިގެން ހޯދާތާ ތިން އަހަރު، އަދިވެސް ނުފެނޭ!
އިންޑިއާގެ ކޯސްޓްގާޑް ޝިޕް (އައިސީޖީއެސް) "ސަމަރްތް" އިއްޔެ ރާއްޖެ އައިސްފި އެވެ. އިންޑިއާގެ ކޯސްޓްގާޑްގެ މި ދަތުރުގައި، މިއަދުން ފެށިގެން ބުރާސްފަތި ދުވަހަށް ރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ސަވައިލަންސް ޕެޓްރޯލް ކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެމްއެންޑީއެފް އިން ބުނީ، 2009 ވަނަ އަހަރުން ފެށިގެން ކުރިޔަށްދާ މި ޕެޓްރޯލަކީ، ރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި ސިލްސިލާކޮށް ހިންގަމުންދާ ޕެޓްރޯލްތަކުގެ ތެރެއިން ހިންގޭ ޕެޓްރޯލެއް ކަމަށެވެ. މި ސަވައިލަންސް ޕެޓްރޯލްގައި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާއި ގަވައިދާ ހިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބަލާނެ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. މި ސަވައިލަންސް ޕެޓްރޯލް ނިންމާލުމަށްފަހު އައިސީޖީއެސް "ސަމަރްތް" ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހު އެވެ. ސަވައިލަންސް ޕްޓްރޯލް އަށް އިއްޔެ އިންޑިއާގެ ކޯސްޓްގާޑެއް ރާއްޖެ އާއިރު، މިދިޔަ މަހު ނުވަ ވަނަ ދުވަހުވެސް އިންޑިއާގެ މަނަވަރެއް ރާއްޖެ އައިސް އެމްއެންޑީއެފްއާ ގުޅިގެން ވަނީ ސަވަޔަލެންސް ޕެޓްރޯލް އެއް ކޮށްފައެވެ. އިންޑިއާގެ އަސްކަރީ މަނަވަރެއް ރާއްޖޭގައިއިތުރަށް ވިދާޅުވުމަށް
އިންޑިއާގެ ކޯސްޓްގާޑެއް ރާއްޖެ އަތުވެއްޖެ
ދިމިޝްގު (ޖަނަވަރީ 13) : ސޫރިޔާއާއެކު ވައިގެ ދަތުރުފަތުރުތައް އަލުން ފެށުމަށްޓަކައި އަރަބި އެއާލައިންތަކުގެ ވަފްދުތައް ދިމިޝްގަށް އަންނަމުންދާ ކަމަށް އެގައުމުން ބުނެފިއެވެ. ސޫރިޔާގެ ގައުމީ އެއާލައިން ކަމަށްވާ "ސީރިޔަން އަރަބް އެއާލައިން" އިން ބުނީ ވައިގެ ދަތުރުތައް ފެށުމަށްޓަކައި އޮމާން އެއާ، އާއި ޔޫއޭއީ ގެ އިއްތިޙާދު އެއާވޭޒް ގެ މަސްއޫލުވެރިން ގެންދަވަނީ ދިމިޝްގަށް ވަޑައިގެން ސޫރިޔާގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރައްވަމުންނެވެ. މިއިދާރާތަކުގެ ތެރޭގައި "ސީރިޔަން އަރަބް އެއާލައިން" ގެ އިތުރުން ސޫރިޔާގެ އޭވިއޭޝަން އާ ބެހޭ މިނިސްޓްރީ އާއި ފަތުރުވެރިކަމާބެހޭ މިނިސްޓްރީގެ އިތުރުން ސޫރިޔާގެ ޓްރަވެލް އެޖެންސީތައް ހިމެނެއެވެ. ތޫނިސްގެ ގައުމީ އެއާލައިން ކަމަށްވާ ޓިއުނިޝްއެއާ އިންވަނީ މި ދިޔަ ޑިސެމްބަރު މަހު ސޫރިޔާއަށް ވައިގެ ދަތުރުތައް އަލުން ފަށާފައެވެ. އަދި ޔޫއޭއީ ގެ ގައުމީ އެއާލައިން ކަމަށްވާ އެމިރޭޓްސް ގެ ދަތުރުތައް ފެށުމަށްޓަކައި އެއެއާލައިންގެ ވަފްދެއްވެސް ސޫރިޔާއަށް ދިޔުމަށް ހަމަޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. ސޫރިޔާގެ ދާޚިލީ ހަނގުރާމަ ނިމުމަކާ ހަމައަށް އައިސްފައިވާއިރު ސޫރިޔާގައި މިހާރު ހަނގުރާމަ ހިނގަނީ ވަރަށް މަދު ސަރަހައްދުތަކެއް ގައެވެ. އެމެރިކާއާއި ގަލްފުގެ ގައުމުތަކާއި ތުރުކީގެ އެހީތައް ލިބިގެން ހަނގުރާމަ ކުރަމުންދިޔަ ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތްތައް ހަނގުރާމައިގާ ބަލިވެ ސޫރިޔާ ސިފައިންވަނީ އެގައުމުގެ ބިމުގެ ގާތްގަނޑަކަށް 80 އިންސައްތަ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފައެވެ. މިއާއެކު ސޫރިޔާ ސަރުކާރުންވަނީ ގައުމު އަލުން ބިނާކޮށް އާރާސްތުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރުން ސޫރިޔާގެ ދާޚިލީ ހަނގުރާމަ ކާމިޔާބު ކުރުމުން އަރަބި ބައެއް ގައުމުތަކުންވަނީ ސޫރިޔާގައި އަލުން އެންބަސީތައް ހުޅުވައި ގުޅުންތައް ގާއިމް ކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ސޫރިޔާގެ ދާޚިލީ ހަނގުރާމައާ ގުޅިގެން އަރަބި ގިނަ ގައުމުތަކުންވަނީ ސޫރިޔާއާ ގުޅުންތައް ކަނޑާލައި ދިމިޝްގުގައި ހުންނަ އެގައުމުތަކުގެ އެންބަސީތައް ބަންދުކޮށްފައެވެ. ނަމަވެސް މިހާރު އޭގެތެރެއިން ގިނަ ގައުމުތަކުންވަނީ ސޫރިޔާއާ އަލުން ގުޅުންތައް ގާއިމްކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ. (ސޫރިޔާގެ މީޑިޔާ)
އަރަބި ގައުމުތަކުން ސޫރިޔާއާއެކު ވައިގެ ދަތުރުފަތުރުތައް އަލުން ފަށަނީ
ގައުމުގެ އަމާންކަން ގާއިމުކުރެވޭނީ ރަނގަޅު ޖީލެއް ބިނާވެގެން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ. ސްކޫލްތަކުގެ ނާސްތާ ޕްރޮގްރާމް އިފުތިތާހު ކުރުމަށް މިއަދު އަމީނިއްޔާ ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ފައިސަލް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ސަރުކާރަކީ ތައުލީމަށް ހާއްސަ އަހަންމިއްޔަތެއްދޭ ސަރުކާރެއް ކަމަށާއި ރަނގަޅު ޖީލެއް ބިނާކުރުމަށް ޓަކައި ތައުލީމީ ދާއިރާ ހަރުދަނާ ކުރުމަށް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭނެ ކަމަށެވެ. "ރަނގަޅު ޖީލެއް ބިނާވެގެން ނޫނީ އަޅުގަނޑުމެންގެ ގައުމުގައި އަމާންކަން ދެމިގެން ނުދާނެ،" ނައިބު ރައީސް އިތުރަށް ވިދާޅުވީ ދަރިވަރުންނަށް އަޅާލާ ދަރިވަރުންގެ ތައުލީމު ކުރިއަށް ގެންދިޔުމަށް ޓަކައި ރާއްޖޭގެ ދަރިވަރުންނަކީ ގައުމަށް ވަފާތެރި ހިދުމަތްކުރެވޭ، މައިންބަފައިންނަށް އަޅާލާ ފަދަ ބަޔަކަށް ހެދުމަށް މި ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ. "ދުވަހަކު ވެސް ތައުލީމަށް ހޭދަނުކުރާ ވަރަށް މި ސަރުކާރުން ހޭދަކުރާނެ. ތައުލީމީ ކަންތައްތައް ކުރިއެރުވުމަށް ޓަކައި ސްކޫލުގެ ވަސީލަތްތައް ގާއިމުކުރުމަށް ދުވަހަކު މަސައްކަތްނުކުރާ ވަރަށް މަސައްކަތް ކުރާނަން،" ނައިބު ރައީސް ވިދާޅުވި އެވެ. ދޮޅު މަހަށް ވުރެ ދިގު ބޮޑު ޗުއްޓީއަށް ފަހު 73،000 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ވަނީ ފަށައިފަ އެވެ.
ގައުމުގެ އަމާންކަން ގާއިމުކުރެވޭނީ ރަނގަޅު ޖީލެއް ބިނާކޮށްގެން: ނައިބު ރައީސް
އޮޓަވާ (ޖެނުއަރީ 13): އާއިލާއަށް ފިލައިގެން ތައިލޭންޑަށް ދިޔަ ސައުދީ އަރަބިއާގެ ރަހަފް މުހައްމަދު އަލް ގުނޫނަށް ކެނެޑާއިން ހޫނު މަރުހަބާއެއް ކިޔައިފި އެވެ. ރަހަފްއަށް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ކެނެޑާގެ ފޮރިން މިނިސްޓަރު ކްރިސްޓިއާ ފްރީލޭންޑް އެވެ. އޭނާ ވަނީ ރަހަފްއަކީ 'ވަރަށް ހިތްވަރުގަދަ' ކުއްޖެއް ކަމަށާއި އޭނާއަށް ކެނެޑާއިން ހިމާޔަތް ދިނީ އެގައުމުން "ދުނިޔޭގެ ހުރިހާ އަންހެނުންނަށްވެސް އެހީވުމަށް ގެންގުޅޭ ސިޔާސަތު"ގެ ދަށުން ކަމަށް ވިދާޅުވެފަ އެވެ. އދ.ގެ އެދުމުގެ މަތިން ރަހަފްއަށް ކެނެޑާއިން ހިމާޔަތް ދޭން ނިންމިކަން ހުކުރު ދުވަހު އިއުލާން ކުރެއްވީ އެގައުމުގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އެވެ. ރަހަފްގެ އާއިލާއަކީ ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ކުރާ ބައެއް ކަމަށް ބުނެ، އޭނާ މިމަހުގެ ފަހެއްގައި ތައިލޭންޑަށް ދިޔައީ އާއިލާއާ އެކު ކުވޭތުގައި ހުރުމަށް ފަހުގަ އެވެ. އަދި ތައިލޭންޑުން ރަހަފް އަނބުރާ ކުވޭތަށް ފޮނުވާލަން މަސައްކަތް ކުރި ނަމަވެސް އޭނާ ވަނީ ބޭންކޮކުން ފުރަން ދެކޮޅު ހަދައި، އޭނާގެ ތަޖުރިބާ ޓުވިޓާގައި ހިއްސާކޮށްފަ އެވެ. އޭގެ ސަބަބުން އެތައް ހާސް މީހުން ވަނީ ރަހަފް އަނބުރާ ސައުދީއަށް ފޮނުވާ ނުލުމަށް އެދި ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކޮށްފަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ތައިލޭންޑުން ވަނީ ރަހަފްއަށް އެގައުމުގައި ހުރުމަށް ހުއްދަ ދީފަ އެވެ. އަދި އދ.އިން ވަނީ ރަހަފްއަކީ ރެފިއުޖީ ކަމަށް ކަނޑައަޅާފަ އެވެ. ރަހަފްގެ ބައްޕަ ވަނީ އޭނާގެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި ތައިލޭންޑަށް ގޮސް ރަހަފްއާ ބައްދަލު ކުރަން މަސައްކަތް ކުރި ނަމަވެސް، ރަހަފް ވަނީ އެކަމަށް ދެކޮޅު ހަދާފަ އެވެ.
ސައުދީ ކުއްޖާއަށް ކެނެޑާއިން ހޫނު މަރުހަބާއެއް ކިޔައިފި