news
stringlengths
242
32.4k
Title
stringlengths
6
118
ރާއްޖޭގައި މިވަގުތު ތާށިވެފައި ތިބި ފަތުރުވެރިންނާއި އެނބުރި ގައުމަށް ދިޔުމަށް ބޭނުންވާ ބިދޭސީ މަސައްކަތްތެރިން ގައުމަށް އަނބުރާ ދިޔުމަށް މިމަހުގެ 29 އަދި 30 ގައި ދެ ފްލައިޓު އޮޕަރޭޓުކުރަން ނިންމައިފިއެވެ. ޓޫރިޒަމް މިނިސްޓްރީ އިން ބުނީ ރާއްޖޭގައި މިވަގުތު ތިބި ފަތުރުވެރިންނާއި ބިދޭސީ މަސައްކަތްތެރިން އަދި އެހެނިހެން ފަސިންޖަރުން އެމީހުންގެ ގައުމަށް އަނބުރާ ގެންދިޔުމަށް ރޮސިޔާ އެއާލައިންސްގެ ފްލައިޓެއް މިމަހުގެ 29 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެއާކައިރޯގެ ފްލައިޓެއް މިމަހުގެ 30 ވަނަ ދުވަހު ފުރަން ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ. މިނިސްޓްރީ އިން ބުނީ ޓޫރިސްޓު ފެސިލިޓީތަކުގައި ތިބި ފަތުރުވެރިންނާއި ބިދޭސީ މުވައްޒަފުން ފުރަން ދާއިރު ޓޫރިޒަމް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އަދި ފުލުހުންނާ ގުޅިގެން އެއާޕޯޓަށް ދިޔުމުގެ ކަންތައް ހަމަޖެއްސުމަށް އެދޭ ކަމަށެވެ. އެގޮތުން މި ފްލައިޓުން ދަތުރުކުރުމަށް ޓިކެޓު އޮތް ފަސިންޖަރުން ގޮވައިގެން ދަތުރުކުރާ އުޅަނދުތަކަށް ފުލުހުން ހުއްދަ ދޭނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ. މިހާލަތުގައިވެސް އެއްވެސް ފަޅުވެރިއަކަށް އެއާޕޯޓަށް ނުފޭބޭނެއެވެ. ކޮރޯނާއާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވާއިރު ރާއްޖޭގައި ތިބި ފަތުރުވެރިން ގެންދިޔުމަށް މީގެ ކުރިންވެސް ވަނީ ފްލައިޓުތައް ބާއްވައިފައެވެ. އެގޮތުން ރާއްޖޭގައި ތިބި އިނގިރޭސިވިލާތުގެ ފަތުރުވެރިންނާއި މަސައްކަތްތެރިންގެ އިތުރުން އިޓަލީ، ތައިލެންޑް އަދި ފިލިޕީންސް އާއި އިންޑޮނޭޝިއާގެ ރައްޔިތުންނަށް ހާއްސަ ރެސްކިޔު ފްލައިޓުތަކެއް މީގެ ކުރިން ވަނީ ބާއްވައިފައެވެ.
ރާާއްޖޭގައި ތިބި ބިދޭސިން ގައުމަށް ގެންދަން އިތުރު ފްލައިޓުތަކެއް
ރާއްޖޭގައި މިވަގުތު ތާށިވެފައި ތިބި ފަތުރުވެރިންނާއި އެނބުރި ގައުމަށް ދިޔުމަށް ބޭނުންވާ ބިދޭސީ މަސައްކަތްތެރިން ގައުމަށް އަނބުރާ ދިޔުމަށް މިމަހުގެ 29 އަދި 30 ގައި ދެ ފްލައިޓު އޮޕަރޭޓުކުރަން ނިންމައިފިއެވެ. ޓޫރިޒަމް މިނިސްޓްރީ އިން ބުނީ ރާއްޖޭގައި މިވަގުތު ތިބި ފަތުރުވެރިންނާއި ބިދޭސީ މަސައްކަތްތެރިން އަދި އެހެނިހެން ފަސިންޖަރުން އެމީހުންގެ ގައުމަށް އަނބުރާ ގެންދިޔުމަށް ރޮސިޔާ އެއާލައިންސްގެ ފްލައިޓެއް މިމަހުގެ 29 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެއާކައިރޯގެ ފްލައިޓެއް މިމަހުގެ 30 ވަނަ ދުވަހު ފުރަން ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ. މިނިސްޓްރީ އިން ބުނީ ޓޫރިސްޓު ފެސިލިޓީތަކުގައި ތިބި ފަތުރުވެރިންނާއި ބިދޭސީ މުވައްޒަފުން ފުރަން ދާއިރު ޓޫރިޒަމް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އަދި ފުލުހުންނާ ގުޅިގެން އެއާޕޯޓަށް ދިޔުމުގެ ކަންތައް ހަމަޖެއްސުމަށް އެދޭ ކަމަށެވެ. އެގޮތުން މި ފްލައިޓުން ދަތުރުކުރުމަށް ޓިކެޓު އޮތް ފަސިންޖަރުން ގޮވައިގެން ދަތުރުކުރާ އުޅަނދުތަކަށް ފުލުހުން ހުއްދަ ދޭނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ. މިހާލަތުގައިވެސް އެއްވެސް ފަޅުވެރިއަކަށް އެއާޕޯޓަށް ނުފޭބޭނެއެވެ. ކޮރޯނާއާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވާއިރު ރާއްޖޭގައި ތިބި ފަތުރުވެރިން ގެންދިޔުމަށް މީގެ ކުރިންވެސް ވަނީ ފްލައިޓުތައް ބާއްވައިފައެވެ. އެގޮތުން ރާއްޖޭގައި ތިބި އިނގިރޭސިވިލާތުގެ ފަތުރުވެރިންނާއި މަސައްކަތްތެރިންގެ އިތުރުން އިޓަލީ، ތައިލެންޑް އަދި ފިލިޕީންސް އާއި އިންޑޮނޭޝިއާގެ ރައްޔިތުންނަށް ހާއްސަ ރެސްކިޔު ފްލައިޓުތަކެއް މީގެ ކުރިން ވަނީ ބާއްވައިފައެވެ.
ރާާއްޖޭގައި ތިބި ބިދޭސިން ގައުމަށް ގެންދަން އިތުރު ފްލައިޓުތަކެއް
ނ. އަތޮޅު މާފަރު އެއާޕޯޓްގެ ރަންވޭ ބޮޑުކުރުމުގެ މަޝްރޫއު ކުރިއަށް ގެންދާނެ ބަޔަކު ހޯދުމަށް، ފިނޭންސް މިނިސްޓްރީއިން ބީލަމަށް ހުޅުވާލައިފި އެވެ. ޓާންކީ ބޭސިސްއަށް ނުވަތަ ބީލަން ކާމިޔާބުކުރާ ފަރާތުން ޑިޒައިންކޮށް މަސައްކަތް ފުރިހަމަ ކުރާގޮތަށް ހުޅުވާލި މި ބީލަމުގައި ބައިވެރިވާން ރެޖިސްޓްރޭޝަން ފީ އެއްގެ ގޮތުގައި 500 ރުފިޔާ ދައްކަން ޖެހެ އެވެ. ފިނޭންސް މިނިސްޓްރީއިން މި ޕްރޮޖެކްޓްއަށް ކުރި އިއުލާނުގައި ވަނީ ފީ ބަލައިގަތުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީހަކީ ޖޫން 10 ކަމަށް ބުނެފަ އެވެ. ރެޖިސްޓްރޭޝަން ފީ ދެއްކުމަށް ބަނޑޭރި ޕޭ އޮންލައިން ޕޭމަންޓް ޕޯޓަލް ބޭނުންކުރެވޭނެ އިންތިޒާމު މިނިސްޓްރީއިން ވަނީ ހަމަޖައްސާފަ އެވެ. ފީ ދެއްކުމަށްފަހު ބީލަމަށް ހުށަހެޅި ފަރާތުގެ ނަމާއި އެޑްރެސް، އީމެއިލް، ފޯނު ނަންބަރުގެ އިތުރުން ފައިސާ ދެއްކި ކަމުގެ ރަސީދު tender@finance.gov.mv ނުވަތަ aminath.naaheen@finance.gov.mv އަށް އީމެއިލް ކުރެއްވުމަށްވެސް މިނިސްޓްރީއިން ވަނީ އިރުޝާދު ދެއްވައިފަ އެވެ. ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހެޅުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީހަކީ ޖޫން 11 އެވެ. ޕްރީ ކޮލިފިކޭޝަން އާއި ގުޅޭ ޑޮކިއުމެންޓްތައް މިހާރު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ. މިނިސްޓްރީއިން މި ޕްރޮޖެކްޓްއާއި ގުޅިގެން ނެރުނު އިއުލާނުގައި ބުނެފައި ވަނީ މަސައްކަތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެވުމަށް 3349105 ނުވަތަ 3349106 އަށް މޭ 25 ވަނަ ދުވަހުގެ ކުރިން ގުޅުމަށެވެ. އައިލެންޑް އޭވިއޭޝަނުން އޮޕަރޭޓްކުރާ މާފަރު އެއާޕޯޓް ހުޅުވީ، ޑިސެމްބަރު 1، 2019ގަ އެވެ. ޑިސެންބަރ، 1 2019: ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ރަސްމީކޮށް ހުޅުވައުދެއްވުން : އެއާާޕޯޓް ހުޅުވައިދެއްވީ ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް މާފަރު އެއާޕޯޓު ތަރައްގީކުރުމުގެ ހުއްދަ އެންވަޔަރަންމެންޓް މިނިސްޓްރީއިން ދީފައި ވަނީ މި އަހަރުގެ ކުރީކޮޅު އެވެ. އެއާޕޯޓުގެ ރަންވޭ ބޮޑު ކުރުމުން ރަށުގެ ވަށައިގެންވާ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެކަމަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވަނީ މީގެ ކުރިން ބުނެފަ އެވެ. އެ ކަމާއި ގުޅޭގޮތުން އީޕީއޭއިން ހެދި އެންވަޔަރަންމެންޓް އިމްޕެކްޓް އެސެސްމެންޓްގެ ހޯދުންތަކުގެ އަލީގައި އެ މަޝްރޫއު ކުރިއަށްގެންދަން ހުށަހަޅާފައިވާގޮތަށް ކުރިއަށް ގެންދިއުމަށް ތިމާވެށީގެ ގޮތުން ދޭންޖެހޭ ހުއްދަ ދެވެން ނެތްކަމަށް އީޕީއޭ އިން ނިންމި ނަމަވެސް އެ ނިންމުން ވަނީ ޕްލޭނިންގް މިނިސްޓްރީއިން އިސްތިއުނާފު ކޮށް ފައެވެ. އެންވަޔަރަންމެންޓް މިނިސްޓްރީއިން ޕްރޮޖެކްޓްއަށް ހުއްދަދިނުމުގައި އެ މިނިސްޓްރީއިން ކަނޑައަޅާފައިވާ މެނޭޖްމެންޓް ޕްލޭނަކާއި މޮނިޓަރިން ޕްލޭނާއި އެއްގޮތަށް އަމަލުކުރުމުގެ އިތުރުން މަސައްކަތުގެ ސަބަބުން ތިމާވެއްޓަށް ލިބިދާނެކަމަށް ބެލެވޭ ގެއްލުންތަކުގެ އަސަރު ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ވަނީ ޝަރުތުކޮށްފަ އެވެ. ޔޫއޭއީގެ އަބޫދާބީ ފަންޑް ފޯ ޑެވެލޮޕްމެންޓްގެ އެހީއާއިއެކު ތަރައްގީކުރި މާފަރު އެއާޕޯޓުގައި މިވަގުތު 2،200 މީޓަރުގެ ރަންވޭއެއް އޮވެ އެވެ. ޕްލޭނިންގް މިނިސްޓްރީއިން ހުށަހަޅާފައި ވަނީ އެ އެއާޕޯޓުގައި ބޯއިންގް 777 އަދި އެއާބަސް އޭ-380 މަރުކާގެ އެންމެ ބޮޑެތި މަތިންދާބޯޓު ޖެއްސޭވަރަށް ރަންވޭ ބޮޑުކުރުމަށެވެ. މާފަރު އެއާޕޯޓު ބޮޑުކުރުމަށް ބޭނުންވާ ފަންޑު ދޭން ޔޫއޭއީ ސަރުކާރުންވެސް ވަނީ ރުހުން ދީފަ އެވެ.
މާފަރު އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަޝްރޫއު ބީލަމަށް ލައިފި
ނިޔަތަކީ ކޮންމެ އަޅުކަމެއްވެސް އެކަމެއްގެ މައްޗަށް ބިނާވެފައިވާ އެންމެ މުހިންމު އަސާސެވެ. ރޯދަމަހުގައިވެސް ހިފާ ކޮންމެ ރޯދައަކަށް ވަކިން ނިޔަތް ގަންނަން ޖެހޭނެތޯ ނުވަތަ ނިޔަތް ކިޔަންވީ އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ގިނަ ބަޔަކު އޮޅުން ފިލުވާލަން ބޭނުންވެއެވެ. މިއަދުގެ ރޯދަ ސުންބުލީގައި އުސްތާޒާ ސާމިޔާ ޒަކަރިއްޔާ ޖަވާބުދީފައިވަނީ މި ސުވާލަށެވެ. ސ: ރޯދައަށް ނިޔަތް ގަންނަންޖެހެނީ އަނގަބަހުންތަ؟ ރޯދަ ހިފާ ކޮންމެ ދުވަހަކަށް ވަކިން ނިޔަތް ގަންނަންޖެހޭނެތަ؟ ޖ: ނިޔަތް ގަތުމަކީ ކޮންމެ އަޅުކަމެއްގައިވެސް ވަރަށް މުހިންމުކަމެކެވެ. އުސްތާޒާ ސާމިޔާ ވިދާޅުވާގޮތުގައި ރަމަޟާން މަހުގެ ރޯދަ ހިފުމުގައި އޮންނަ ގޮތަކީ ފުރަތަމަދުވަހު ކޮންމެހެންވެސް ރޯދަ ހިފުމަށް ނިޔަތް ގަންނަންޖެހޭނެ އެވެ. ހަމައެހެންމެ އަބަދުވެސް ރޯދަ ހިފުމުގެ ނިޔަތް މުޅި ރޯދަމަހަށް އޭނާގެ ހިތުގައި އޮންނަނަމަ އިލްމުވެރިން ވިދާޅުވަނީ އޭނާ ކޮންމެ ރެއަކު ވަކިން އަދި ނިޔަތް ނުކީނަމަވެސް ރޯދަހިފުމުގެ ގަސްތު އޭނާގެ ހިތުގައި އޮންނަނަމަ އޭނާގެ ރޯދަ ރަނގަޅުވާނެ ކަމަށެވެ. ހަމައެޔާއެކު ރޯދައިގެ ނިޔަތަކީ އެއްވެސް ހާލެއްގައި ދުލުން ކޮންމެހެން ކިޔަންޖެހޭ އެއްޗެއް ނޫންކަމެއް ކަމުގައި ފާހަގަކޮށް ސާމިޔާ ވިދާޅުވީ ރޯދަ ހިފުމުގެ ގަސްތު ހިތުގައި އޮތުމުން ފުދޭނެ ކަމަށެވެ. މިއާ ޚިލާފަށް ސުންނަތް ރޯދައިގައި ރޭގަނޑު ކޮންމެހެން ހިތުގައި ނެތަސްވެސް ހެނދުނު ހޭލައިގެން އެހެން ގަސްތުކޮށްފިކަމުގައިވާނަމަ އެހިސާބުންވެސް ރޯދައަށް ހުރެވޭނެ އެވެ. ނަމަވެސް ފަރުޟު ރޯދައިގައި ފަޖުރުއްސާދިގުގެ އަލިކަން ފާޅުވުމުގެ ކުރިން ހިތުގައި އެ ގަސްތު ނުވަތަ ނިޔަަތް އޮންނަންޖެހޭނެ އެވެ.
ރޯދަ ސުންބުލި: ރޯދައަށް ނިޔަތް ގަންނަންވީ އަނގަބަހުންތަ؟
އއ. ހިމަންދޫ ކަނބަލުންގެ އިސްނެގުމުގެ މަތިން ކައުންސިލާއި ގުޅިގެން އދ. އަތުރުގާގައި ކަރަންޓީންގައި ތިބި ފަރާތްތަކަށް ރޯދަ ވީއްލުމެއް ދީފި އެވެ. ހިމަންދޫ ކައުންސިލްގެ ރައީސް ޒައިނަލްއިބާދް 'ސަން' އަށް ވިދާޅުވީ، އެ ރޯދަވީއްލުން ދީފައިމިވަނީ މިއަދު ކަމަށާއި ރޯދަ ވީއްލުން ތައްޔާރު ކޮށްފައިވަނީ ކަނބަލުން އިސްނަގައިގެން ކަމަށެވެ. "އަތުރުގަލުގައި ކަރަންޓީން ކޮށްފައި ތިބި މީހުންގެ އިތުރުން އެތަނުގެ މުވައްޒަފުންނާއި އެކު 100 އަށް ވުރެ ގިނަ މީހުނަށް ރޯދަ ވީއްލުން ތައްޔާރުކޮށް ފޮނުވާފައި ވަނީ. އެއީ މިރަށު ކަނބަލުންގެ ވަރަށް ބުރަ މަސައްކަތް،" ޒައިން ވިދާޅުވި އެވެ. އަތުރުގާގައި ކަރަންޓީންގައި ތިބި ފަަރާތްތަކަށް ރޯދި ވީއްލުނުން ދިނުމަށް ހިމަންދޫ ކަނބަލުން ތައްޔާރު ކުރަނީ --- ރޯދަ ވީއްލުން ތައްޔާރު ކުރުމަށް ޖުމްލަކޮށް ރަށުގެ ހުރިހާ ރައްޔިތުންގެ ފަރާތުން ވެސް އެއްބާރުލުން ލިބުނުކަން ޒައިން ފާހަގަކުރެއްވި އެވެ. އަދި މީގެ ކުރިން ވެސް ކައުންސިލުން އިސްނަގައިގެން އަތުރުގާއަށް 30 ކިލޯގެ ކަދުރު ފޮނުވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މާލޭގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެން ފެށުމާއި އެކު މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ވަނީ ލޮކްޑައުންކޮށްފަ އެވެ. ސަރުކާރުން މިހާރު ނިންމާފައި ވަނީ ޒަރޫރީ ހާލަތްތައް މެދުވެރިވެ މާލެއިން ރަށަށް ދާންޖެހޭ މީހުން، އަމިއްލަ ރަށަށް ދިއުމުގެ ކުރިން ޓްރާންސިޓް ކަރަންޓީނު ފެސިލިޓީތަކުގައި 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކޮށް ޓެސްޓުކުރުމަށް ފަހު ރަށަށް ފޮނުވުމަށެވެ. އަތުރުގާގައި ތިބި ފަރާތްތަކަށް ހިމަންދޫ ކަނބަލުން ފޮނުވި ރޯދަ ވީއްލުން --- އެ ފަރާތްތައް އެ މީހުންގެ ރަށްތަކަށް ގެންދިއުމަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވަނީ ކަރަންޓީން ފެސިލިޓީތައް ގާއިމްކޮށްފަ އެވެ. ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ހަމަަޖައްސާފައިވަނީ ރިސޯޓްތަކެވެ. ނަމަވެސް މާލެ ފިޔަވައި އެންމެ ގިނަ ރިސޯޓްތައް ހުރި އަރިއަތޮޅުގައި ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި އިނީ އަތުރުގާ އެކަންޏެވެ. މާލެއިން ފުރައިގެން ރަށްރަށަށް ދާން 5،000 އެއްހާ ރައްޔިތުން ވަނީ އެދިފައެވެ. އޭގެ ތެރެއިން އެއް ބަޔަކު ފޮނުވާލާފައިވާއިރު މި މަހުގެ 24 ވަނަ ދުވަހުގެ ކުރިން މަދުވެގެން 1800 މީހަކު ރަށަށް ފޮނުވަށްޓަކައި ކަރަންޓީނަށް ފޮނުވޭނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.
އަތުރުގާގައި ކަރަންޓީނުގައި ތިބި މީހުންނަށް ހިމަންދޫ ކަނބަލުންގެ ރޯދަވީއްލުމެއް!
އިތުރު ހަތަރު ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ރާއްޖެއިން އެ ބައްޔަށް ޕޮޒިޓިވް މީހުންގެ ޖުމްލަ އަދަދު 1,094 އަށް އަރައިފިއެވެ. އެޗްޕީއޭއިން ބުނީ މިރޭ ޕޮޒިޓިވްވެފައި ވަނީ ހަތަރު ދިވެހީން ކަމަށެވެ. އެހެންކަމުން މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 17 އަށް އަރާފަ އެވެ. ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ހާހުން މައްޗަށް ގޮސްފައިވާއިރު އޭގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. ބަންގްލަދޭޝްގެ 562 މީހުން ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު ދިވެހީންގެ އަދަދަކީ 384 އެވެ. އޭގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ 104 މީހަކުވެސް ވަނީ ޕޮޒިޓިވްވެފަ އެވެ.
އިތުރު ހަތަރު ދިވެހީން ކޮވިޑަށް ޕޮޒިޓިވްވެ، ރާއްޖޭގެ ޖުމްލަ 1,094 އަށް
އެކި ބޭނުންތަކަށް މާލެ އައިސް ނުދެވިފައި ތިބި މީހުންގެ ތެރެއިން އިތުރު 500 މީހުން އެ މީހުންގެ ރަށްތަކަށް ފޮނުވާލުމުގެ ކުރިން ކަރަންޓީން ފެސިލިޓީތަކަށް ގެންދިއުމަށް ތައްޔާރު ވަމުން އަންނަ ކަމަށް ލޯކަލް ގަވަރަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފި އެވެ. މިދިޔަ މަހު 15 ވަނަ ދުވަހު މާލެއިން ކޮވިޑް-19ގެ ކޭސްއެއް ފެނި، މާލެ ލޮކްޑައުންކުރުމުން ރަށްރަށަށް ނުދެވި މާލޭގައި ވަރަށް ގިނަ ފަރާތްތައް ތާށިވެފައި އެބަތިއްބެވެ. އެގޮތުން މިހާތަނަށް އެފަދަ 300 އަށް ވުރެން ގިނަ މީހުން ވަނީ ކަރަންޓީން ފެސިލިޓީތަކަށް ފޮނުވާލާފަ އެވެ. އަދި 14 ދުވަހުގެ ކަރަންޓީން މުއްދަތު ހަމަވުމުން ޓެސްޓުހަދައި ނެގަޓިވްވުމުން އެމީހުން ރަށަށް ފޮނުވާލުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލޯކަލް ގަވަމެންްޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނަރަލް އާދަމް ޝަރީފް ވިދާޅުވީ، މިހާރު ރަށް ރަށަށް ފޮނުވުމަށް މާސްޓާ ލިސްޓެއް ހަދާފައި ވާނެ ކަމަށާއި ކައުންސިލްތަކާއި މަޝްވަރާ ކުރުމަށްފަހު މީހުން ގެންދިއުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. "ފަސް ސަތޭކަ މީހުން ކަރަންޓީން ކުރުމަށް އަޅުގަނޑުމެން މިހާރު ޕްލޭން ކުރަމުން މި ދަނީ. އެ ފެސިލިޓީތައް މިހާރު ހަމަޖެހިފައި ހުރި ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ. ކުރިއަށް އޮތް ދެ ތިން ދުވަހެއްގެ ތެރޭގައި 500 މީހުން ކަރަންޓީނަށް ގެންދިއުމުގެ މަސައްކަތް ފެށޭނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ. އެ 500 މީހުންގެ އިތުރުން ވެސް، އިތުރު މީހުން ރަށް ރަށަށް ގެންދިއުމަށް ކަރަންޓީން ފެސިލިޓީތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަން އާދަމް ޝަރީފް ފާހަގަ ކުރެއްވި އެވެ. މާލޭގައި ތާށިވެފައި ތިބި ފަރާތްތަކުން ރިޕޯޓް ކުރަން ޖެހެނީ ކޮން ބަޔަކަށް ކަން އޮޅުން އަރާ ހިސާބަށް ގޮސްފައިވާކަން ފާހަގަކޮށް އާދަމް ޝަރީފް ވިދާޅުވީ، އެކަމުގެ ސަބަބުން ލޮކްޑައުންވެފައި ތިބި މީހުންގެ އަސްލު އަދަދު ހޯދުމުގައި ދަތިތަކެއް ކުރިމަތިވި ކަމަށެވެ. އެގޮތުން އެކި އެކި އިދާރާތަކުން ހަދާފައިވާ ލިސްޓްތައް އެއްކުރުމަށްފަހު މިހާރު ހަދާފައިވާ ލިސްޓްގައި 5000 އަށް ވުރެން ގިނަ މީހުން އެބަތިބިކަން އާދަމް ޝަރީފް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ އެ މީހުންގެ ތެރޭގައި ހިމެނެނީ ދަތުރުވަރެއްގައި މާލެ އައިސް ނުދެވިފައި ނޫނީ މިވަގުތުގެ ހާލަތު ހުރި ގޮތުން މާލޭގައި އުޅެވެން ނެތް ފަރާތްތައް ކަމަށެވެ. އެގޮތުން މެޑިކަލް ބޭނުމަށް މާލެ އައި 1400 ފަރާތެއް ތިބިއިރު ރިސޯޓްތަކުން އައި 363 ފަރާތެއްގެ އިތުރުން އެހެނިހެން ބޭނުންތަކުގައި މާލެގައި ތިބި އަދި މިހާރު ރަށަށް ދާން ބޭނުންވާ 3258 ފަރާތެއް ލިސްޓް ކުރެވިފައިވާ ކަން ޝަރީފް ފާހަގަކުރެއްވި އެވެ. އަދި ކައުންސިލްތައް މެދުވެރިކޮށް ލިސްޓްގައި ތިބި ފަރާތްތައް ވެރިފައި ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. މީހުން ރަށް ރަށަށް ފޮނުވުމުގައި ބަލަމުން ދަނީ ޖެންޑާ މިނިސްޓްރީން އާންމުކޮށްފައިވާ މިންގަނޑަށް ކަން އާދަމް ޝަރީފް ވިދާޅުވި އެވެ. އެގޮތުން އެންމެ ބޮޑަށް އިސްކަން ދެނީ ވަގުތީ ގޮތުން މާލެ އައިސް ތާށިވެފައިވާ ފަރާތްތައް އެ މީހުންގެ ވަޒަނަށް ގެންދިއުމަށް ކަން އާދަމް ޝަރީފް ފާހަގަކުރެއްވި އެވެ.
މާލެއިން އިތުރު 500 މީހުން އަތޮޅުތެރެއަށް ފޮނުވާލަން ތައްޔާރުވެއްޖެ
ކޮރޯނާވައިރަހުގެ ސަބަބުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ފުޓުބޯޅަ ސީޒަން ކެންސަލް ކޮށްފައި އޮތް ނަމަވެސް އަލުން އާއްމު ހާލަތަށް ރުޖޫއަވާން ވާއިރަށް ކުޅުންތެރިން ފިޓުކޮށް ތިބުމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެދިވަޑައިގެންފި އެވެ. ކޮރޯނާ ވައިރަސްގެ ޕޮޒިޓިވް ކޭސްތަކެއް ރާއްޖެއިން ވެސް ފެންނަން ފެށުމާ އެކު އެފްއޭއެމުން 2019-2020 ވަނައަހަރުގެ ފުޓުބޯޅަ ސީޒަން ކެންސަލް ކުރީ މާޗް މަހުގެ 29 ވަނަ ދުވަހު އެވެ. ސީޒަން ކެންސަލް ކުރި އިރު ދިވެހި ލީގު ނިމިފައި އޮތް ނަމަވެސް މުހިއްމު ދެ މުބާރާތެއް ނުނިމި އޮތެވެ. އެގޮތުން އެފްއޭކަޕުގެ ކުއާޓާ ފައިނަލުގެ މެޗުތަކާއި، ޕްރެޒިޑެންޓް ކަޕުގެ މެޗުތައް ތާވަލުކުރެވިފައި އޮތެވެ. ނަމަވެސް ހާލަތަށް ރިއާޔަތްކޮށް އެ މުބާރާތްތައް ކުރިއަށް ގެންދެވޭނެ މާހައުލެއް ނެތް ކަމަށް ބުނެ އެފްއޭއެމް އިން މުބާރާތްތައް ވަނީ ކެންސަލްކޮށްފަ އެވެ. "މިހާރު ފެތުރެމުން މިދާ ކޮރޯނާ ވައިރަސްގެ ސަބަބުން 2019-20 ވަނަ ސީޒަން ކެންސަލުކޮށްފައި ވަނީ ކުޅުންތެރިންނާއި، މި އެސޯސިއޭޝަންގެ މުވައްޒަފުންގެ އިތުރުން އާއިލާތަކުގެ ރައްކާތެރިކަމަށް،" ބައްސާމް ވިދާޅުވި އެވެ. ބައްސާމް ވިދާޅުވީ، މި ދަނޑިވަޅުގައި ހުރިހާ އެންމެން ވެސް ޕޮޒިޓިވްކޮށް ވިސްނުމަކީ އެންމެ މުހިއްމު ކަންތައް ކަމަށެވެ. އަދި ކޮންމެ މީހަކީ ވެސް ތަފާތު ދެއްކޭނެ މީހެއް ކަމަށާއި މިއީ އެންމެން އެކަތިގަނޑަކަށް ވާންވީ ވަގުތު ކަމަށް ބައްސާމް ވަނީ ވިދާޅުވެފަ އެވެ. "މި ހާލަތުން އަރައިގަނެވެން ވާއިރަށް ކުޅުންތެރިންގެ ފިޓްނަސް ރަނގަޅުގޮތުގައި ހުރުމަށް ހުރިހާ ކުޅުންތެރިންގެ ގާތުން އެދެން." ބައްސާމް ވިދާޅުވި އެވެ. އަންނަ ސީޒަނުގެ ކުޅުން މި އަހަރުގެ ޖޫން މަހު ފެށުމަށް ކުރިން ވާހަކަ ދެކެވުނު ނަަމަވެސް މިހާރު އޮތް ހާލަތުގެ ސަބަބުން އަންނަ ސީޒަން ފެށޭނެ ތާރިހެއް އަދި ނޭންގެ އެވެ. އެކަމަކު ދުނިޔޭގެ ފުޓުބޯޅައާއި ބެހޭ މައި އިދާރާ (ފީފާ) އިން ވަނީ އެ އިދާރާގެ މެމްބަރު ކޮންމެ ގައުމެއްގެ ފުޓުބޯޅައަށް އެހީތެރިވުމުގެ ގޮތުން 500،000 ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމާފަ އެވެ. ފީފާގެ މި އެހީ ރާއްޖެއަށް ވެސް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ލިބިގެންދާއިރު ރާއްޖޭގައި ބިނާ ކުރާ ފުރަތަމަ ފުޓްބޯޅަ ސްކޫލް ވަނީ ބޭނުން ޖެހިފައިވާ ފަރާތްތަކުގެ ވަގުތީ ހިޔާއެއްގެ ގޮތުގައި ބޭނުން ކުރުމަށް ދީފަ އެވެ. ރާއްޖޭގައި އިއްޔެ އެކަނި ވެސް 73 މީހަކު ވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެފަ އެވެ. އެއީ ރާއްޖޭގައި ކޮމިޔުނިޓީ ސްޕްރެޑެއް ފެށުނު ފަހުން އެއް ދުވަސްތެރޭ އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވީ ދުވަހެވެ. އެއާ އެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 214 އަށް ވަނީ އަރައިފަ އެވެ. ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ.
ކުޅުންތެރިން ފިޓްކޮށް ތިބުމަށް ބައްސާމް އިލްތިމާސްކުރައްވައިފި
ކޮވިޑް19 އާއި ގުޅިގެން އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅު އުވާލަން ވަކި ދުވަހެއް ކަނޑައަޅާފައި ނުވާކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ. އެ ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ލޮކްޑައުން އަށް ލުއިދޭނީ އެކި ފޭސްތަކަށް ބަހާލައިގެން ކަމަށެވެ. އަދި ލޮކްޑައުންގެ ފުރަތަމަ ފޭސްގައި ލުއިދޭނެ ތާރީހެއް އަދި ނުނިންމާ ކަމަށާއި މިހާރު މަޝްވަރާކުރަނީ އެ ފިޔަވަހީގައި ލުއިދޭނީ ކޮން ކަންތައްތަކަކަށްތޯ ކަމަށެވެ. "އަޅުގަނޑުމެންނަށް މިހާރު ރާއްޖޭގައި ޕޮޒިޓިވް ކޭސްތައް ފެންނަމުންދާ އަދަދާއި، އަދި ކުރިއަށް އޮތް ދުވަސްތަކުގައި މިއަށް ބަދަލެއް އާދޭތޯ ބެލުމަށްފަހުގައި އަޅުގަނޑުމެންގެ ޑޮކްޓަރުންގެ ޓީމުން ނިންމާނީ މިވަގުތު ފޭސް އެކެއްގައި ދޭން ހުރި ލުއިތައް ފެންނަ ކަމަށް،" މަބްރޫކު ވިދާޅުވިއެވެ. މަބްރޫކު ވިދާޅުވީ ލުއި ދޭއިރު، މީހުން ނުކުމެެ އުޅޭ މިންވަރު ގިނަ ނަމަ، އަލުން އާ ލޮކްޑައުންއަކަށް ދާން ޖެހިދާނެ ކަމަށާއި، އެކަން ދަންނަން ޖެހޭ ކަމަށެވެ. "އެހެންވެ ފޭސްތަކަކަށް ބަހާލައިގެން ލުއި ދޭނީ. ފުރަތަމަ ފޭސްގައި ހުރިހާ ކަމެއް ދޫކޮށްލެވެނީއެއް ނޫން. އެހެން ނަމަވެސް ވަކި ވަރަކަށް ލުއި ދިނުމަށްފަހު އަނެއްކާވެސް ބަލާނީ ކިހިނެއްތޯ ވަނީ،" މަބްރޫކު ވިދާޅުވީ ލޮކްޑައުން އަށް ލުއިދޭއިރު ޕޮޒިޓިވް ކޭސްތައް އިތުރުވާތަން ހުރިހާ ގައުމަކުންވެސް ފެންނަ ކަމަށެވެ. ބަލަންޖެހޭނެ ކަމަކީ ޕޮޒިޓިވް ކޭސްތަކުގެ އަދަދު އަތުން ކައްސާލައިގެން ދިޔަ ނުދިޔުން ކަމަށާއި ލުއިދޭނީ މިކަމަށްވެސް އިސްކަން ދީގެން ކަމަށް މަބްރޫކު ވިދާޅުވިއެވެ. މަބްރޫކު ވިދާޅުވީ ފޭސް ދޭކަށް ދެވޭނީ ކިހާވަރެއް ވީމަތޯ ކްރައިޓީރިއާ ތަކެއް ހަދާނެ ކަމަށެވެ. "ކަލަންޑަރެއްގައި ވަކި ދުވަހެއްގައި ފޭސް އެކެއް ފައްޓަނީ މިވެނި ދުވަހެއްގައި ފޭސް ދޭއް ފައްޓަނީ އެގޮތަށް ޖަހައިގެންނެއް ނޫން. ވަކި ކްރައިޓީރިއާ އަކަށް ދެވުނީމާ ވަކި ކަންތައްތަކެއް ފުރިހަމަ ވީމާ ލުއި ދޭނީ،" މަބްރޫކު ވިދާޅުވިއެވެ. އެގޮތުން ލުއިދޭއިރު ބަލާނެ ބައެއް ކަންތައްތަކަކީ އާ ކޭސްތައް ފެންނަ އަދަދާއި، ސާރީ ކޭސްތަކުގެ އަދަދު، ކްލަސްޓާއަކާ ނުގުޅޭ ކޭސްތައް ފެންނަ އަދަދު މަދުވަމުންދޭތޯ އާއި ރާއްޖޭގެ ސިއްހީ ނިޒާމުގެ ކެޕޭސިޓީ ހުރި މިންވަރަށް ބަލާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ. މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ލޮކްޑައުން އިން ދޫކޮށްލުމުން ކޮންމެވެސް ވަރަކަށް ބޭރަށް ނިކުތުން އިތުރުވާނެ ކަމަށެވެ. "ކޮންޓްރޯލުތަކެއް ބެހެއްޓިދާނެ. އެހެންނަމަވެސް ލޮކްޑައުން އަށް ލުއި ދިނިމަ އިނީޝަލީ މައިނާ ސާޖެއް އަތުވެދާނެ،" ލޮކްޑައުން އަށް ލުއިދޭއިރު ފުރަތަމަ ފޭސްގައިވެސް ކޭސްތަކުގެ އަދަދު އިތުުވާ މިންވަރު ބަލާނެ ކަމަށް ޑރ. ވިދާޅުވިއެވެ. "އެ ފޭސްގައި އަޅުގަނޑުމެން އާންމުންނަށް އިރުއިރުކޮޅާ ހަނދާން ކޮށްދޭން ޖެހޭނެ ކަންނޭނގެ ފޭސް ވަން ގައިވެސް ވީހާވެސް ބޮޑަކަސް ކޮންޓްރޯލު ކުރަން. އެހެން ނަމަވެސް ކޮންޓްރޯލު ވާންވެސް ދުވަސްކޮޅެއް ނަގާނެ. އާންމުންނަށް އެކަން ވިސްނެންވެސް،" ޑރ ވިދާޅުވިއެވެ. ޑރ ވިދާޅުވީ ލޮކްޑައުން ފެށިއިރާ މިހާރާ އަޅާބަލާއިރު ލޮކްޑައުން އަށް މީހުން އަހަންމިއްޔަތުކަން ދޭތަންވެސް ފެންނަ ކަމަށެވެ. ލޮކްޑައުންގެ ފޭސް އެކެއްގައި ދޭނެ ލުއިތައް މިހާރު ފައިނަލް ކުރަމުންދާއިރު، އެއްރަށުން އަނެއް ރަށަށް ދިޔުން އޭގެ ތެރޭ ނުހިމެނޭނެ ކަމަށް މަބްރޫކު މިރޭ ވިދާޅުވިއެވެ. ނަމަވެސް މާލެއިން ރަށްރަށަށް ދާ މީހުން ޓްރާންސިޓް ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ރަށަށް ދެވޭނެ ކަމަށާއި މުދާ އުފުލުމުގެ ކަންތައް މިހާރެކޭ އެއްގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ. ފޭސް އެކެއްގައި ދޭނެ ލުއިތައް ފައިނަލްވުމުން އާންމު ކުރާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ. މީގެ އިތުރުން ލުއިދޭއޮރު ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓުތައް ހުޅުވާނެ ގޮތާއި، އޮފީސްތައް ހުޅުވާނެ އިރެއް އަދި އާންމު ދަތުރުފަތުރު ގެ ނިޒާމު ފަށާނެ ގޮތްވެސް އާންމު ކުރާނެ ކަމަށް ވިދާޅުވިއެވެ. އޭޕްރީލް 15 ވަނަ ދުވަހު މާލެއިން ކޮވިޑްގެ ކޭހެއް ފެނުމާއެކު ލޮކްޑައުން އިއުލާނު ކޮށްފައިވާއިރު އެންމެ ފަހުން އިއުލާނު ކުރި ލޮކްޑައުންގެ މުއްދަތު މިމަހުގެ 28 ގައި ހަމަވާނެއެވެ. ލޮކްޑައުންގެ މުއްދަތު ހަމަވުމުން ކޮންމެވެސް ވަރެެއްގެ ލުއިތަކެއް ދެއްވާނެ ކަމަށް މިދިިޔަ ހަފްތާ ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. ކޮވިޑް19 ގެ ސަބަބުން މޮނީޓަރިންގެ ހާލަތުގައި ނުވާ ރަށްތަކާއި މާލެ ސަރަހައްދާއި އިތުރު 25 ރަށެއް ފިޔަވާ، އެހެން ހުރިހާ ރަށެއްގައި މިއަދުގެ ހުކުރު ނަމާދުން ފެށިގެން ވަނީ ޖަމާއަތުގައި ނަމާދު ކުރަން ފަށައިފައެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑްގެެ 1274 ކޭސް ވަނީ ފެނިފައެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 109 އަށް އަރައިފައެވެ.
ލޮކްޑައުން އުވާލާ ދުވަހެއް އަދި ނުނިންމާ: މަބްރޫކް
ކޮރޯނާވައިރަހުގެ ސަބަބުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ފުޓުބޯޅަ ސީޒަން ކެންސަލް ކޮށްފައި އޮތް ނަމަވެސް އަލުން އާއްމު ހާލަތަށް ރުޖޫއަވާން ވާއިރަށް ކުޅުންތެރިން ފިޓުކޮށް ތިބުމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެދިވަޑައިގެންފި އެވެ. ކޮރޯނާ ވައިރަސްގެ ޕޮޒިޓިވް ކޭސްތަކެއް ރާއްޖެއިން ވެސް ފެންނަން ފެށުމާ އެކު އެފްއޭއެމުން 2019-2020 ވަނައަހަރުގެ ފުޓުބޯޅަ ސީޒަން ކެންސަލް ކުރީ މާޗް މަހުގެ 29 ވަނަ ދުވަހު އެވެ. ސީޒަން ކެންސަލް ކުރި އިރު ދިވެހި ލީގު ނިމިފައި އޮތް ނަމަވެސް މުހިއްމު ދެ މުބާރާތެއް ނުނިމި އޮތެވެ. އެގޮތުން އެފްއޭކަޕުގެ ކުއާޓާ ފައިނަލުގެ މެޗުތަކާއި، ޕްރެޒިޑެންޓް ކަޕުގެ މެޗުތައް ތާވަލުކުރެވިފައި އޮތެވެ. ނަމަވެސް ހާލަތަށް ރިއާޔަތްކޮށް އެ މުބާރާތްތައް ކުރިއަށް ގެންދެވޭނެ މާހައުލެއް ނެތް ކަމަށް ބުނެ އެފްއޭއެމް އިން މުބާރާތްތައް ވަނީ ކެންސަލްކޮށްފަ އެވެ. "މިހާރު ފެތުރެމުން މިދާ ކޮރޯނާ ވައިރަސްގެ ސަބަބުން 2019-20 ވަނަ ސީޒަން ކެންސަލުކޮށްފައި ވަނީ ކުޅުންތެރިންނާއި، މި އެސޯސިއޭޝަންގެ މުވައްޒަފުންގެ އިތުރުން އާއިލާތަކުގެ ރައްކާތެރިކަމަށް،" ބައްސާމް ވިދާޅުވި އެވެ. ބައްސާމް ވިދާޅުވީ، މި ދަނޑިވަޅުގައި ހުރިހާ އެންމެން ވެސް ޕޮޒިޓިވްކޮށް ވިސްނުމަކީ އެންމެ މުހިއްމު ކަންތައް ކަމަށެވެ. އަދި ކޮންމެ މީހަކީ ވެސް ތަފާތު ދެއްކޭނެ މީހެއް ކަމަށާއި މިއީ އެންމެން އެކަތިގަނޑަކަށް ވާންވީ ވަގުތު ކަމަށް ބައްސާމް ވަނީ ވިދާޅުވެފަ އެވެ. "މި ހާލަތުން އަރައިގަނެވެން ވާއިރަށް ކުޅުންތެރިންގެ ފިޓްނަސް ރަނގަޅުގޮތުގައި ހުރުމަށް ހުރިހާ ކުޅުންތެރިންގެ ގާތުން އެދެން." ބައްސާމް ވިދާޅުވި އެވެ. އަންނަ ސީޒަނުގެ ކުޅުން މި އަހަރުގެ ޖޫން މަހު ފެށުމަށް ކުރިން ވާހަކަ ދެކެވުނު ނަަމަވެސް މިހާރު އޮތް ހާލަތުގެ ސަބަބުން އަންނަ ސީޒަން ފެށޭނެ ތާރިހެއް އަދި ނޭންގެ އެވެ. އެކަމަކު ދުނިޔޭގެ ފުޓުބޯޅައާއި ބެހޭ މައި އިދާރާ (ފީފާ) އިން ވަނީ އެ އިދާރާގެ މެމްބަރު ކޮންމެ ގައުމެއްގެ ފުޓުބޯޅައަށް އެހީތެރިވުމުގެ ގޮތުން 500،000 ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމާފަ އެވެ. ފީފާގެ މި އެހީ ރާއްޖެއަށް ވެސް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ލިބިގެންދާއިރު ރާއްޖޭގައި ބިނާ ކުރާ ފުރަތަމަ ފުޓްބޯޅަ ސްކޫލް ވަނީ ބޭނުން ޖެހިފައިވާ ފަރާތްތަކުގެ ވަގުތީ ހިޔާއެއްގެ ގޮތުގައި ބޭނުން ކުރުމަށް ދީފަ އެވެ. ރާއްޖޭގައި އިއްޔެ އެކަނި ވެސް 73 މީހަކު ވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެފަ އެވެ. އެއީ ރާއްޖޭގައި ކޮމިޔުނިޓީ ސްޕްރެޑެއް ފެށުނު ފަހުން އެއް ދުވަސްތެރޭ އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވީ ދުވަހެވެ. އެއާ އެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 214 އަށް ވަނީ އަރައިފަ އެވެ. ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ.
ކުޅުންތެރިން ފިޓްކޮށް ތިބުމަށް ބައްސާމް އިލްތިމާސްކުރައްވައިފި
ސްޕެއިން އިން ކޮވިޑް-19 ޖެހިގެން ކޮންމެ ދުވަހެއްގެ މައްޗަށް އެތައް ސަތޭކަ މަރުގެ ކޭސްތައް ރެކޯޑުކުރަމުން ދަނިކޮށް ފުރަތަމަ ފަހަރަށް އެއް ދުވަހުގެ ތެރޭގައި މަރުވި މީހުންގެ އަދަދު 100 އިން ދަށްވެއްޖެ އެވެ. ކޮވިޑް-19ގެ ހާލަތު ގޯސްވެ ސްޕެއިން ގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާނުކޮށްފައެވެ. އެއީ މީގެ ދެ މަސް ކުރީންނެވެ. އެއަށްފަހު ސްޕެއިން އިން އަންނަނީ ކޮވިޑް-19 ޖެހިގެން ކޮންމެ ދުވަހަކުވެސް 100 އަށްވުރެ ގިނަ މީހުން މަރުވަމުންނެވެ. ސްޕެއިންގެ ހެލްތު މިނިސްޓްރީއިން ދާދި ފަހުން އާންމުކޮށްފައިވާގޮތުގައި އެގައުމުގައި ކޮވިޑް-19 ޖެހިގެން އެއް ދުވަސްތެރޭގައި މަރުވާ މީހުންގެ އަދަދު ވަނީ ފުރަތަމަ ފަހަރަށް 100 އިން ދަށް ވެފައި ކަމަށެވެ. އެގޮތުން އިއްޔެ ސްޕެއިން އިން މަރުވެފައިވަނީ 87 މީހުން ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ. އެގައުމުގައި ކޮވިޑް-19 ކޮންޓްރޯލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު ސްޕެއިންގައި ވައިރަސްގެ ޕީކުގައި ދުވާލެއްގެ މައްޗަށް 900 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ވަނީ ރެކޯޑުކޮށްފައެވެ. ޖުމްލަ 47 މިލިއަން މީހުންގެ އާބާދީގެ ސްޕެއިންގައި މިހާރު ވަައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 277،719 އަށްވުރެ އިތުރުވެފައެވެ. އަދި އެ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 28،000 އާ ގާތް ކޮށްފައެވެ. ސްޕެއިން އިން ވައިރަސް ކޮންޓްރޯލުކުރުމަށް ހަރުކަށި ލޮކްޑައުން އިއުލާނުކޮށް ގައުމުގެ އިގުތިސޯދު ވަނީ މަޑުޖައްސާލާފައެވެ.
ކޮރޯނާވައިރަސް: ސްޕެއިންގައި ދުވާލަކު މަރުވާ މީހުންގެ އަދަދު 100 އިން ދަށަށް
ރާއްޖޭގައި ކޮވިޑް19 ގެ ހާލަތު ބަދަލުވަމުން އަންނަ ގޮތަށް ބަލައި، ޑެލިވަރީ ކުރުން މުޅިން ހުއްޓާލައި، ހަމައެކަނި ވިޔަފާރިކުރަން ދޫކުރާ ހުއްދައިގެ ދަށުން ބޭރަށް ނުކުމެވޭ ގޮތަށް ބަދަލުކުރަން ޖެހިދާނެ ކަމަށް ފުލުހުން ބުނެފިއެވެ. މިރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ވިދާޅުވީ، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މެދުގައި ބަލި ފެތުރެމުން އަންނާތީ ފުލުހުން ހާއްސަ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު ވެސް 800 އަށްވުރެ ގިނަ ބިދޭސީން ދިރިއުޅޭ 18 ތަނެއް ފުލުހުން މޮނިޓާ ކުރަމުން އަންނަ ކަމަށް ނަވީން ވިދާޅުވިއެވެ. ރާއްޖެއިން މިހާރު ކޮވިޑް19 އަށް 214 މީހަކު ޕޮޒިޓިވްވެފައި ވާއިރު އޭގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. ނަވީން މިރޭ ވިދާޅުވީ ބިދޭސީންގެ މެދުގައި ބަލި ފެތުރެމުން އަންނަ އިރު ޑެލިވަރީ ކުރުމުގައި ވެސް ގިނައިން ހަރަކާތްތެރިވަނީ ބިދޭސީން ކަމަށެވެ. އަދި ގިނަ ބިދޭސީންނަކީ ތޮއްޖެހިފައިވާ ތަންތަނުގައި ނިދާ، ކައިބޮއެ ހަދާ މީހުންކަން ނަވީން ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ބިދޭސީންގެ ޑެލިވަރީގެ ކަންތައްތަކަށް އެހެން ގޮތެއް ނިންމަން ޖެހިދާނެ ކަމަށް ނަވީން ވިދާޅުވިއެވެ. "އެހެންވީމަ ކުރިއަށް އޮތް ތަނުގައި ނިންމަން ޖެހިދާނެ ޑެލިވަރީގެ ކަންތައްތައް މިހާރަށް ވުރެ ވަރަށް ބޮޑަށް ސްކޭލް ޑައުން ކޮށްފަ، ޝޮޕިން ޕާމިޓް ލިބުނީމަ ޝޮޕިން ޕާމިޓް އޮންނަ ފަރާތްތަކުން، އެ ގަޑީގައި އެއްޗެހި ބައްލަވައިގަންނަން ނިކުންނަ ގޮތް ހަމައެކަނި އޮންނަ ގޮތަށް ވެސް ދާންޖެހިދާނެ،" ނަވީން ވިދާޅުވިއެވެ. ނަވީން ވިދާޅުވީ އެ ބަދަލުތައް ގެންނާނީ ހާލަތަށް އަންނަ ބަދަލަށް ރިއާޔަތް ކުރުމަށްފަހުގައި ކަމަށެވެ. އަދި މިހާރުވެސް ޑެލިވަރީ ނިޒާމު އިންތިޒާމް ކޮށްފައި ވަނީ، ރަމަޟާން މަހާ ދިމާކޮށް ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި ދަތި ނުވެ ލިބޭނެ ގޮތް ހެދުމަށް ކަމަށެވެ. އެހެން ނަމަވެސް ހާލަތު ބަދަލުވާ ވަރަކުން، ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅާނެ ކަމަށް ނަވީން ވިދާޅުވިއެވެ. މިރޭގެ ޕްރެސްގައި ޑރ. އިބްރާހިމް އަފްޒަލް ވެސް ވަނީ ޑެލިވަރީގައި ހަރަކާތްތެރިިވާ މީހުންގެ ސިއްހީ ހާލަތު ކޮންމެ ދުވަހަކު ވަރަށް ގާތުން މޮނިޓާ ކުރުމަށް، އެމީހުންނަށް ޒިންމާވާ ފަރާތްތަކަށް އިލްތިމާސް ކުރައްވައިފައެވެ. "ކޮންމެ ދުވަހަކު އެމީހުންގެ ސިއްހީ ހާލަތު ހުރީ ކިހިނެތްތޯ ބަލައި، ކިރިޔާވެސް އަލާމާތެއް ހުންނަ މީހެއް ވިއްޔާ ވަގުތުން އަޅުގަނޑުމެންނަށް އަންގަން ޖެހޭނެ،" އަފްޒަލް ވިދާޅުވިއެވެ.
ހާލަތަށް ބަލައި ޑެލިވަރީ މުޅިން ހުއްޓާލަން ޖެހިދާނެ: ނަވީން
ނަލަހެދިގެން އާއިލާ އާއި ރަހްމަތްތެރިންނާއެކު މިއަހަރުގެ ފިޠްރު އީދު ފާހަގަކުރަން ބޭރަށް ދެވޭކަން ނެތެވެ. ކޮވިޑް19ގެ ބަލިމަޑުކަމުގެ ސަބަަބުން މުޅި ރާއްޖެ ފުރަބަންދުކޮށް ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު "ނިއު ނޯމަލް"ގައި އަހަރެމެން އީދު ފާހަގަކުރަންޖެހިފައި މިއޮތީ ގޭތެރޭގަ އެވެ. އީދު ދުވަހު ކުރާނެ މާގިނަ ކަންތައްތަކުގެ ޕްލޭނެއް މިފަހަރު ގިނަބައެއްގެ ނެތެވެ. އަހަރެމެންނަކީ އީދެއް އަންނައިރަށް ފޮށިތަންމަތި ބަންދުކޮށް، ރަށު ބަންދުން ވީއްލި އަވަހަށް ތަފާތު ތަންތަނަށް ނުވަތަ އުފަން ރަށަށް މިސްރާބުޖަހާ ބައެކެވެ. ސަންގެ ޓީމުން "އައިލެންޑް އެޕޯތެކެއަރީ" އާއި ގުޅިގެން މި ގެނެސްދެނީ ގޭގައި ތިބެ އީދު ފޯރި ނަގާލާނެ ގޮތެކެވެ. އަހަރެމެންނަށް އީދު ހެދުން ދައްކާލަބަލާށެވެ. އާއިލާގެ ހުރިހާ ފަރާތްތަކުން މިފަހަރު އީދަށް ނަލަހެދުނުގޮތް އަހަރެމެން ދޭ އިރުޝާދާއި އެއްގޮތަށް ފޭސްބުކްއަށް ނުވަތަ އިންސްޓަގްރާމް އަށް ޕޯސްޓްކޮށްލާށެވެ. ހުރިހާ ފޮޓޯތަކެއްވެސް މޭ، 25، 2020، ހޯމަ ދުވަހުގެ މެންދަމު 12:00 ގެ ކުރިން ޕޯސްޓްކުރަންވާނެ އެވެ. އަޖުމަބަލައިލަން ތަފާތު ފަތްޕިލާވެލި އެއްކޮށް ކުރަން ފެށި އެކްސްޕެރިމެންޓްތަކާއި ދުޅަހެޔޮކަމަށް އޮތް ލޯތްބަކުން އުފަންވި އައިމިނަތު ޝަފާނާ (ޝަފާ)ގެ އައިލެންޑް އެޕޯތެކެއަރީގެ ހާއްސަ އީދު ހަދިޔާއެއް، ފޮޓޯ ޕޯސްޓުކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ލިބޭނެ އެވެ. އައިލެންޑް އެޕޯތެކެއަރީއިން އީދު ހަދިޔާގެ ގޮތުގައި ހުށަހަޅަނީ ސެލްފް-ކެއާ ޕެކޭޖެކެވެ. އައިލެންޑް އެޕޯތެކެއަރީއަކީ ފާއިތުވި ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި އާއްމުންނާއި ވިޔަފާރިވެރިން އިތުބާރާއި ޔަގީންކަން ހޯދާފައިވާ ބްރޭންޑެކެވެ. މިވަގުތު އައިލެންޑް އެޕޯތެކެއަރީއިން ވިއްކާ ތަކެތި ލިބެން ހުންނާނީ މާލޭގައި ހުންނަ އައިލެންޑް ބާޒާރު ފިހާރައިންނާއި އައިލެންޑް ބާޒާރުގެ އޮންލައިން ފިހާރައިންނެވެ. ގުދުރަތީ އެއްޗެހި އެކަނި ބޭނުންކޮށް، އެއްވެސް ކެމިކަލެއް ބޭނުންނުކޮށް ތައްޔާރުކުރާ މި ބްރޭންޑްގެ ރީޓެއިލް އަދި ޕްރޮފެޝަނަލް ލައިންގައި ތަފާތު އަށް ކަލެކްޝަނެއްގައި 80 އަށްވުރެ ގިނަ ޕްރޮޑަކްޓް ހުރެ އެވެ. އައިލެންޑް އެޕޯތެކެއަރީގެ އުފައްދާ ތަކެތީގެ ތެރޭގައި ބޮޑީ ސްކްރަބް، ބާތު ސޯލްޓް، އޮއިލް ތެރަޕީ، ކްލޭ މާސްކް، ތަފާތު ވައްތަރުގެ މިސްޓް އަދި ވެކްސް ކޭންޑްލް ހިމެނެ އެވެ. އައިލެންޑް އެޕޯތެކެއަރީގެ މުސްތަގުބަލް ފެންނަނީ އުޖާލާކޮށެވެ. އައިލެންޑް އެޕޯތެކެއަރީ އަދި ސަންގެ ޓީމުން ފިތުރު އީދުގެ ހެޔޮއެދުމާއި ތަހުނިޔާ ހުރިހާ ކިޔުންތެރިންނަށް ފޮނުވަމެވެ. ހުރިހާ ފަރާތްތަކަށްވެސް އުފާވެރި ރައްކާތެރި އީދަކަށް އެދެމެވެ.
އީދު ހެދުން ދައްކާލާ! އައިލެންޑް އެޕޯތެކެއަރީގެ ހަދިޔާއެއް
އިމްޕްރޮވް ސްޓައިލް ކޮމެޑީ އެކްޓިން އާ ގުޅިގެން ހޮލީވުޑްގައި 50 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެއް ގިނަ ބައެއްގެ މެދުގައި މަގުބޫލުކަމެއް ހޯދާފައިވާ އެކްޓަރު ފްރޭންކް ވިލާޑް މަރުވެއްޖެ އެވެ. "އެންކާމޭން" އާއި "ދިސް އިޒް ސްޕައިނަލް ޓެޕް" އަދި "މޮޑާން ފެމިލީ" ފަދަ އުފެއްދުންތަކުން މަގުބޫލުކަން ހޯދާފައިވާ ފްރޭންކް މަރުވި އިރު އޭނާގެ އުމުރަކީ 86 އަހަރެވެ. ފްރޭންކްގެ އަންހެން ދަރިފުޅު ހޯޕް މަލްބާޖާ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ފްރޭންކް ވަނީ މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި މަރުވެފައި ކަމަށެވެ. އެހެންނަމަވެސް އޭނާ މަރުވި ގޮތުގެ އިތުރު އެއްވެސް މައުލޫމާތެއް ހޯޕް އާންމުކޮށްފައެއް ނުވެއެވެ. "އެންމެ ފަހު ވަގުތު ޖެހެންދެއްވެސް ބައްޕަ މަސައްކަތް ކުރަމުން ދިޔައީ އެންމެން އުފާ ކޮށް ހިނިތުން ވުމެއް ހޯދައިދިނުމަށް. ބައްޕަގެ ހަނދާން އަބަދުވެސް ކުރާނެ،" ހޯޕް ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. ވިލާޑްގެ މުޅި ފިލްމީ ކެރިއަރުގައިވެސް އޭނާ ލީޑް ރޯލުން ނުވަތަ ސަޕޯޓިން ރޯލަކުން ފެނިފައިވާނީ މަދު ފަހަރަކުއެވެ. އެހެންނަމަވެސް އޭނާ މަގުބޫލު ވެފައިވަނީ ފިލްމުތަކާއި ޝޯތަކުގައި ހާއްސަ ސީނަކުން ފެނިގެންދާ އެކްޓަރެއްގެ ގޮތުގައެވެ. އެ ސީންތަކުން ވިލާޑް ވަނީ އެތައް ބައެއްގެ ލޯބި ހޯދާފައެވެ.
ކޮމެޑީ އެކްޓަރު ފްރޭންކް ވިލާޑް މަރުވެއްޖެ
އއ. ވެލިދޫ ކަރަންޓީނު މަރުކަޒު ބަލަހައްޓަން ހުރި ސިފައިންގެ ބޭފުޅަކާއި އެތަނުގައި ހުންނެވި ޑޮކްޓަރަކު އެކަހެރިވި މައްސަލަ ފުލުހުން ބަލަން ފަށާފައިވާކަން އެންމެ ފަހުން ހާމަކޮށްފި އެވެ. ފުލުހުން މިއަދު ހެނދުނު ބުނެފައި ވަނީ، އެފަދަ މައްސަލަ ބަލަމުން ނުދާ ކަމަށެވެ. އެކަމަކު ފުލުހުން މިއަދު ހަވީރު މީޑިއާތަކަށް ބުނީ، އއ. ވެލިދޫ ކަރަންޓީނު ފެސިލީޓިގައި މަސައްކަތް ކުރާ ދެ މީހަކާ ބެހޭ ގޮތުން މައްސަލައެއް ހުށަހެޅި އެކަމުގައި ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށެވެ. އަދި ބަލަމުން ދާ މައްސަލައަކީ އެދެބޭފުޅުން ރޭގަނޑު އެކަހެރިކޮށް ބައްދަލުކުރި ކަމަށް ބުނާ މައްސަލައެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް އެއީ ކޮންބައެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނު ވެއެވެ. އެނގިފައިވާ ގޮތުގައި އެ މައްސަލައަކީ، ވެލިދޫ ފެސިލިޓީއާ ހަވާލުވެ ހުންނެވި ސިފައިންގެ އެންމެ އިސް ކޮމާންޑަރާއި، އެ ފެސިލިޓީގެ އަންހެން ޑޮކްޓަރަކު ސިފައިންގެ މީހާގެ ކޮޓަރީގައި ދަންވަރު އެކަހެރިކޮށް ބައްދަލުކުރި މައްސަލައެކެވެ. "ސަން" އަށް އެނގިފައިވާ ގޮތުގައި މި ކޮމާންޑަރަކީ، އެ ފެސިލިޓީގެ އެންމެ އިސް މީހާއެވެ. އެމްއެންޑީއެފް މޭޖާ ރޭންކްގެ އެމީހާއާއި ޑޮކްޓަރު ކޮޓަރިއެއްގައި އެކަހެރިވި މައްސަލަ ފަޅާއެރީ، އެރަށުގެ ސެކިއުރިޓީ ބަލަހައްޓާ ފުލުހުންނަށް ޑޮކްޓަރު، ކޮމާންޑަރުގެ ކޮޓަރިން ނިކުތްތަން ފެނުމުންނެވެ. އަންހެން ޑޮކްޓަރު ކޮމާންޑަރުގެ ކޮޓަރިއަށް ދަންވަރު ގަޑީ ދިޔައީ ކޮން ބޭނުމެއްގައި ކަމެއް ކަށަވަރެއް ނޫނެވެ. އެނގިފައިވާ ގޮތުގައި މި މައްސަލަ ފެންމަތިވުމާއެކު، މި މައްސަލައިގައި ތުހުމަތު ކުރެވޭ އަންހެން ޑޮކްޓަރު މިހާރު ވަނީ މާލެ ގެނެސްފަ އެވެ. ނަމަވެސް ކޮމާންޑަރު އަދިވެސް ހުރީ އެރަށުގައި ކަމަށްވެ އެވެ. ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބޭ މީހުން އެއް ކޮޓަރިން އަނެއް ކޮޓަރިން ދިޔުމަކީ މަނާ ކަމެކެވެ. މިފަދަ ތަންތަން ހިންގަމުން އަންނަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުންނެވެ. އަދި އެތަންތަނުގައި ޑޮކްޓަރުންނާއި ނަރުހުން ތިބޭ އިރު، ސެކިއުރިޓީކަންކަން ބަލަހައްޓަނީ ފުލުހުންނެވެ.
ވެލިދޫ ކަރަންޓީން މަރުކަޒުގައި އެކެހެރިވި މައްސަލަ އެންމެ ފަހުން ބަލަން ފަށައިފި
އައްޑޫ ސިޓީގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ ގޮތެއް ނެތުމުން، ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު، އަހްމަދު ޝިޔާމް އެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމުން، މަޖިލީހުގައި އައްޑޫ ސިޓީ ތަމްސީލުކުރައްވާ މެމްބަރުން އެކަމަށް ފާޑުވިދާޅުވެއްޖެ އެވެ. މެމްބަރު ޝިޔާމް ވިދާޅުވީ ކުއްލި މައްސަލައެއް ހުށަހެޅުއްވީ އައްޑޫ ސިޓީގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ ގޮތާއި، ރައްކާތެރިކަމުގެ ވަސީލަތްތަކާއި ފަރުވާދޭނެ އެކަށޭނެ އިންތިޒާމު ހަމަޖެހިފައި ނުވާތީ ކަމަށެވެ. ޕީޕީއެމްގެ މެމްބަރަކު އައްޑޫ ސިޓީއާ ގުޅޭ މައްސަލައެއް މަޖިލީހަށް ހުށަހެޅުއްވި އިރު، މަޖިލީހުގައި އައްޑޫ ސިޓީގެ ހަތް ދާއިރާވެސް ތަމްސީލުކުރައްވަނީ އެމްޑީޕީ މެމްބަރުންނެެވެ. އެ މައްސަލަ މަޖިލީހަށް ބަލައިގަނެ، މިއަދުގެ ޖަލްސާގައި ބަހުސް ކޮށްފައި ވާއިރު، އައްޑޫ ސިޓީގެ ދާއިރާތައް ތަމްސީލުކުރައްވާ މެމްބަރުން ވަނީ މެމްބަރު ޝިޔާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް "އައްޑޫ މެމްބަރުން ތިބީ ނިދާފައެއް ނޫން" ބަހުސްގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ މައްސަލަ ހުށަހެޅުއްވި ނައިފަރު ދާއިރާގެ މެމްބަރަށް ބައެއް މައުލޫމާތު ސާފުވެފައި ނެތް ކަމަށާއި، އެއީ ހައިރާންވާން ޖެހޭ ކަމެއް ނޫން ކަމަށެވެ. އައްޑޫގައި ޓެސްޓުކުރެވޭނެ ގޮތާއި އެހެނިހެން އިންތިޒާމުތައް ހަމަޖެހިފައި ނެތުމުން މެމްބަރު ޝިޔާމް ކަންބޮޑުވެވަޑައިގެން މަޖިލީހަށް މައްސަލައެއް ހުށަހެޅުއްވި އިރު، ނައިފަރުގައި އެ ހުރިހާ ކަމެއް ހަމަޖެހިފައި ހުރިތޯ ޝަރީފް ސުވާލު އުފެއްދެވި އެވެ. "އަޅުގަނޑު ހީކޮށްގެން މި ހުރީ ނައިފަރުގައި ހުރިހާ ޓެސްޓެއް، ފެސިލިޓީއެއް ހުރެގެން، އައްޑޫގައި އެ ފެސިލިޓީތައް ނެތިގެން ކަންބޮޑުވެގެން އުޅެނީ ކަމަށް،" ޝަރީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ދުނިޔޭގައި ވަރަށް ގިނަ އަދަދެއްގެ ފޭކު ޓެސްޓު ކިޓުތަކާއި މެޝިންތައް އެބަހުރި ކަމަށެވެ. އަދި ރާއްޖެއަކީ ކަންމަތީ ސްޓޯރުތަކުން ޓެސްޓު ކިޓު ލިބެން ހުންނަ ގައުމެއް ނޫން ކަމަށާއި، މެޝިން އުފައްދާ ވެސް ގައުމެއް ނޫން ކަމަށެވެ. "ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން ދަނީ. އަޅުގަނޑުމެން އައްޑު އަތޮޅުގެ މެމްބަރުންް ތިބީ ނިދާފައެއް ނޫން. އަޅުގަނޑުމެން ދިޔައީ ރެޔާ ދުވާލު ސަރުކާރުން މިކަމަށް އަޅާ ފިޔަވަޅުތައް މޮނީޓާ ކުރަމުން،" ޝަރީފް ވިދާޅުވި އެވެ. މެމްބަރު ވިދާޅުވީ ރާއްޖޭގައި އެކަށީގެންވާ ވަރަށް ޓެސްޓް ހެދެމުން ނުދާކަމީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށާއި، ރާއްޖެއަށް ލިބިފައި ހުރި މަދު ވަސީލަތްތައް ބޭނުންކޮށްގެން، އެންމެ ހެޔޮގޮތުގައި އެންމެ ބޮޑަށް ބޭނުންވާ ތަނަށް، ބޭނުންވާ ވަގުތަށް، އެކަންކަން ކުރެވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސާފައިވާކަމަށެވެ. މެމްބަރު ޝަރީފް ވަނީ އައްޑޫގައި އެކަށީގެންވާ ވަރަށް ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އާއި އަންގި، މާސްކް އަދި ސެނިޓައިޒާ ނެތް ކަމަށް މެމްބަރު ޝިޔާމް ވިދާޅުވި ވާހަކައަކީ ކަނޑައެޅިގެން ދޮގެން ކަމަށް ވެސް ވިދާޅުވެފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް "ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށް ބޭނުންވާ ވަރަށް ސެނިޓައިޒާ އާއި އަންގި އާއިމާސްކާ ނެތް ވާހަކަ އަކީ ހަގީގަތާ ހިލާފު ވާހަކައެއް،" މެމްބަރު ވިދާޅުވި އެވެ. ޝަރީފްގެ ވާހަކަ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވެސް ވަނީ ތަކުރާރު ކުރައްވައިފަ އެވެ. ރޮޒައިނާ ވިދާޅުވީ ނައިފަރުު ދާއިރާގެ މެމްބަރު ވާހަކަދެއްކެވި އިރު ހަގީގަތާ ހިލާފު ވާހަކަތައް ދައްކަވާފައިވާ ކަަމަށެވެ. "އައްޑޫ މީހާ ޕޮޒިޓިވްވި ނަމަ، ޓެސްޓު ކުރެވޭނެ ގޮތް ވަގުތުން ހަމަޖެހުނީސް" އައްޑޫ ސިޓީން މާލެއަށް ގެނައި ބަލި މީހަކު ފުރަތަމަ ޓެސްޓުން ޕޮޒިޓިވްވެ، ދެވަނަ ޓެސްޓު ނެގެޓިވްވެ އަދި އިތުރަށް ކަށަވަރު ކުރުމުން ވަނީ ކޮވިޑް-19 އަށް ނެގެޓިވްވެފަ އެވެ. އޭނާގެ ފުރަތަމަ ޓެސްޓު ޕޮޒިޓިވްވުމާ އެކު އައްޑޫ ސިޓީ މުޅިން ލޮކްޑައުން ކުރިއެވެ. ނަމަވެސް އޭނާ ވަައިރަހަށް ނެގެޓިވް ވުމުން އެ ހާލަތު ވަނީ އުވާލައިފައެވެ. އައްޑޫގައި ވައިރަހަށް ޓެސްޓު ކުރެވޭނެ އިންްތިޒާމް ހަމަޖެހިފައި ނެތުމުގެ ޝަކުވާތައް އިތުރުވީ އެ ކޭސްއާ އެކު އެވެ. މެމްބަރު ރޮޒައިނާ މިއަދު ވިދާޅުވީ، އެ ކޭސް ޕޮޒިޓިވްވި ނަމަ، އައްޑޫގައި ކޮވިޑް19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ވަގުތުން ވަގުތަށް ހަމަޖެހިގެން ދިޔައީސް ކަމަށެވެ. "އައްޑޫގެ އެ ކޭސް ޕޮޒިޓިވްވި ނަމަ އައްޑޫގަ ޓެސްޓު ކުރެވޭ ގޮތް، މެޝިނެއް ގެންގޮސްގެން ވިޔަސް ވަގުތުން ވަގުތަށް މިކޮޅުގަ ހުރި މެޝިނެއް ގެންގޮސްގެން ވެސް ހަމަޖެއްސިސް. އެހެން ނަމަވެސް ޕޮޒިޓިވް ނުވާތީ މާލޭގައި އެތައް ބަޔަކު އެއްފަހަރާ ޓެސްޓު ކުރަން ޖެހޭތީ ހަމަ އެކަން ކުރިއަށް އެ ގެންދަނީ،" ރޮޒައިނާ ވިދާޅުވި އެވެ. މަޖިލީހުގެ ގެލަރީ -- ފޮޓޯ/ މަޖިލިސް މެމްބަރު ވިދާޅުވީ މިކަމުގައި ސަރުކާރުގެ އެއްވެސް އިހުމާލެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. މިވަގުތު މާލޭގައި އެތައް ސަތޭކަ ބަޔަކު ޓެސްޓުކުރަމުން އަންނަ އިރު، އެންމެ މުހިންމީ މާލޭގައި އެ އިންތިޒާމު ގާއިމުވެފައި ހުރުން ކަމަށާއި، ރަށަކުން މީހެއްގެ ސާމްޕަލް ނަގަން ޖެހުނު ނަމަވެސް، 24 ގަޑިއިރުގެ ތެރޭގައި އެކަން ކުރެވޭ ކަމަށެވެ. މި މައްސަލައާ ގުޅޭގޮތުން، އައްޑޫގެ ހުރިހާ މަޖިލިސް މެމްބަރުން ވެސް ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ރޭ ވެސް ނައިބު ރައީސް ފައިސަލް ނަސީމާއި، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއެކު އައްޑޫގެ ހުރިހާ މެމްބަރުން ބައްދަލުކޮށް، މަޝްވަރާކޮށް، މައްސަލައަށް ހައްލު ހޯދަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. "އަޅުގަނޑުމެން އައްޑޫގައި އެއްވެސް ކަމެއް ނުކޮށް ދޫކޮށްލާކަށެއް އައްޑޫގެ އެއްވެސް މަޖިލިސް މެމްބަރަކު މަޑުކޮށްގެނެއް ނުތިބޭނަމޭ. އަޅުގަނޑުމެން މިދަނީ ވަރަށް ގާތުން ކަންކަން ބަލަމުންނޭ. ކަންކަން ގޯސްކޮށް ދާނަމަ އެކަންކަމަށް އަޅުގަނޑުމެން އެޓެންޑު ކުރާނަމޭ،" މެމްބަރު ވިދާޅުވި އެވެ. "މައްސަލައިގައި ނޭނގޭ އާ ކަމެއް ނެތް" މައްސަލައަށް ބަހުސް ކުރައްވަމުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ ކުއްލި މައްސަލައެއް ހުށަހަޅަނީ ސަރުކާރުގެ ސަމާލުކަމަށް ކަމެއް ގެނައުމަށް ކަމަށާއި، މެމްބަރު ޝިޔާމް ހުށަހެޅުއްވި މައްސަލައިގައި، ސަރުކާރަށް ވެސް އަދި އައްޑޫ ދާއިރާގެ މެމްބަރުންނަށް ވެސް ސާފު ނުވާ ކަމެއް ނެތް ކަމަށެވެ. މެމްބަރު ވިދާޅުވީ އައްޑޫގެ މިހާރުގެ ހާލަތަށް ބަލާއިރު، ހޮސްޕިޓަލުގައި 200 ޕީޕީއީ ކިޓު، އަދި ކޮންމެ ސިއްހީ މަރުކަޒެއްގައި 10 ޕީޕީއީ ކިޓު އެބަހުރި ކަމަށެވެ. އަދި މާސްކާއި، އަންގިއާއި އެހެނިހެން ސާމާނުވެސް މިވަގުތަށް ބޭނުންވާ ވަރަށް އެބަހުރި ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު މެމްބަރު ވިދާޅުވީ މުޅި ރާއްޖޭގައި ވެސް އެންމެ އެކަށީގެންވާ ވަރަށް އެތަކެތި ލިބެން ނެތް ކަމަށާއި އެހެން ނަމަވެސް އައްޑޫގައި ކޮވިޑް19 އަށް ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިހާރު އައްޑޫގައި ބައްޔަށް ޓެސްޓު ކުރެވެން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ. "ސަރުކާރުން ޔަގީންކަން ދީފައި ވަނީ އެތާ ކޮމިއުނިޓީ ސްޕްރެޑެއް ފެތުރިއްޖެއްޔާ ހަމަ ވަގުތުން އޭގެ ސްޓޮކް އިތުރު ކޮށްދެއްވާނެ ކަމަށް،" މެމްބަރު ވިދާޅުވިއެވެ. "މީ ކުއްލި މަައްސަލައެއް ނޫން، ކުއްލި ބަޣާވާތެއްގެ އިޝާރާތެއް" މައްސަލައަށް ބަހުސްކުރައްވަމުން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ މެމްބަރު ޝިޔާމް ހުށަހެޅުއްވި މައްސަލައަކީ މަޖިލީހުގައި ބެލޭވަރުގެ ކުއްލި މައްސަލައެއް ނޫން ކަަމަށެވެ. "އަޅުގަނޑު ގަބޫލުކުރަނީ މިއީ ކުއްލި ނުރައްކަލުގެ ހާލަތެއް. ކުއްލި ބަޣާވާތެއް ކުރުމަށްޓަކައި ރާވަމުން ގެންދާ ކަމުގެ އިޝާރާތެއްކަން. އެފަދަ އެތައް ކަމެއް މިގައުމުގެ ތެރެއިން އެބަދޭ ފެންނަމުން،" ނިހާދު ވިދާޅުވި އެވެ. މެމްބަރު ވިދާޅުވީ މިއީ އައްޑޫ ރައްޔިތުންނަށް އޮޅުވާލައި، އައްޑޫ ރައްޔިތުންނަށް ނުބައި މަންޒަރުތަކެއް ދައްކައިގެން ސަރުކާރާ ދެކޮޅަށް އެ ރައްޔިތުން ނެރުމަށްޓަކައި، އައްޑޫ ރައްޔިތުން "ގަޅި ހައްދަން" މަޖިލީހަށް ހުށަހެޅި މައްސަލައެއް ކަމަށެވެ. މަޖިލީހުގެ ގެލަރީ -- ފޮޓޯ/ މަޖިލިސް "އައްޑޫ ރައްޔިތުންނަކީ މިއަދަކު ހޭލުންތެރިކަން ކުޑަ ބައެއް ނޫން. އައްޑޫ ރައްޔިތުންނަށް އެނގޭ ޝިޔާމް އެ ވިދާޅުވި 400 ޑޮލަރުގެ ރެޕިޑް ޓެސްޓު ކިޓުން ޓެސްޓު ކުރީމާ ފަޅޯ ވެސް ޕޮޒިޓިވް ވާކަން. މިއީ އައްޑޫ ރައްޔިތުންނަށް އޮޅިފަ އޮތް ވާހަކައެއް ނޫން،" މެމްބަރު ވިދާޅުވި އެވެ. ނިހާދު ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އައްޑޫގައި އަޅަަން ނިންމި ޓާޝަރީ ހޮސްޕިޓަލަށް ހޯދި ފައިސާ އެންމެ އެދެވޭ ގޮތުގައި އިންވެސްޓުކުރި ނަމަ، މިއަދު އައްޑޫގައި ހުރިހާ ޓެސްޓެއް ވެސް ހެދޭނެ ކަމަށާއި، މި މައްސަލަތައް ދިމާނުވާނެ ކަމަށެވެ. ހިތަދޫ ދެކުނު އިބްރާހިމް ނާޒިލް ވިދާޅުވީ އައްޑޫ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް، އައްޑޫ ތަމްސީލުކުރައްވާ ހުރިހާ މެމްބަރުން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނާޒިލް ވިދާޅުވީ އައްޑޫ ސިޓީގައި ކޮވިޑް19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ އައްޑޫގެ އިތުރުން، ދެކުނުގެ ހުރިހާ ރައްޔިތުންްނަށް ވެސް ލިބިގެންދާނެ ހިތްހަމަޖެހުމެއް ކަމަށެވެ.
ޝިޔާމް އައްޑޫއާ ގުޅޭ މައްސަލައެއް ހުށަހެޅުމުން ކަމަކު ނުދިޔަ!
ކޮންމެ ގެއަކުންވެސް ވިޔަފާރިކުރުމަށް ބޭރަށް ނުކުތުމަށް ކޮންމެވެސް އެކަކު ހާއްސަކުރަން ޖެހޭ ކަމަށް އެޗްޕީއޭގެ އެޕިޑަޕޮލޮޖިސްޓް ޑރ. އިބްރާހިމް އަފަޒަލް ވިދާޅުވެއްޖެއެވެ. މާލެ ސަރަހައްދު ފުރަބަންދުގައި އޮތުމުން ވަކި ވަގުތަކަށް ވަކި ސަރަހައްދަށް ދިޔުމަށް ފުލުހުން ދޫކުރާ ހުއްދައިގެން ދަށުން ކޮންމެ ގޭބީސީއަކަށްވެސް ގެއިން އެކަކު ނުކުމެވެއެވެ. މިރޭ ދަރުބާރުގޭ، އެންއޯއީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ރައްކާތެރިވުމުގެ ގޮތުން ގިނަ މީހުން ނުރައްކަލަކަށް ހުށަހެޅުނަ ނުދިނުމަށް އަބަދުވެސް ކޮންމެވެސް އެކަކު ވިޔަފާރި ކުރުމަށް ބޭރަށް ނުކުތުން އާދައަކަށް ހަދަން ޖެހޭ ކަމަށެވެ. އަދި އެމީހަކު ގެއަށް އައިސް ސަމާލުކަން ދޭން ޖެހޭ ކަންތައް ޑރ. އަފްޒަލް ވިދާޅުވެ ދެއްވިއެވެ. އެގޮތުން ގެއަށް ވަންނަ ކޮންމެ ފަހަރަކު ސައިބޯނި ލައިގެން އަތް ދޮންނަން ޖެހޭނެ ކަމަށް ޑރ. ހަދުމަފުޅުކޮށް އެރުވިއެވެ. "ވިޔަފާރިކޮށްގެން އައިސް، އެއްޗެހިތައް ސާފުކުރުމަށްފަހު، ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވެ، ރަނގަޅަށް ފުލް ބޮޑީ ވޮޝްކޮށްލައިގެން. ލައިގެން ހުރި އަންނައުނުވެސް ދޮންނަންވާނެ،" ޑރ. އަފްޒަލް އިރުޝާދު ދެއްވިއެވެ. މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ އެންއީއޯސީ އަފްޒަލް ވިދާޅުވީ، ވިޔަފާރިކުރުމަށް ބޭރަށް ނުކުތުންވެސް ވީހާވެސް މަދުކުރަން ވާނެ ކަމަށެވެ. އެގޮތުން ހަފްތާއަކަށްވާއިރަށް އެއްޗެހި ގަތުމަށް ޑރ. އަފްޒަލް އެދިވަޑައިގެންނެވިއެވެ. ފުރަބަންދުގައި އޮންނައިރު، މީހުން ގެއަށް އައުން ބަންދުވިނަމަވެސް، އެއްވެސްވަރަކަށް އެފުރުސަތު އޮތް ނަމަވެސް، ގެއަށް އިތުރު ބަޔަކު އައުމުގެ ފުރުސަތު ނުދިނުމަށް ޑރ. އަފްޒަލް އެދިޑައިގެނެންވިއެވެ. ހާއްސަކޮށް ހައި ރިސްކް މީހުންނާއި ބޭބީސް ގޭގައި ހުރި ނަމަ އެއްވެސް ވަރަކަށް ވިޒިޓާސްއަށް އެންކަރޭޖް ނުކުރުމަށް. އަދި ގޭގައި މިފަދަ މީހުންނާ މުއާމަލާތް ކުރަން ވަކި ބަޔަކު ތިބެން ވާނީ. އެމީހުން ވެގެން ނުވާނެ ވިޔަފާރި ކުރާ މީހުންނަށް. އެހެންވީމަ ގޭތެރޭގައިވެސް ގައިދުރުކަން ބެހެއްޓުން މުހިންމު،" ޑރ. އަފްޒަލް ވިދާޅުވިއެވެ. ޑރ. އަފްޒަލް އިތުރަށް އެދިވަޑައިގެންނެވީ، މިދުވަސްވަރުގައި 65 އަހަރުން މަތީގެ އުމުރުން ދުވަސްވީ މީހުންގެ ރޭންޑަމް ސާމްޕަލް ނަގަމުންދާތީވެ، އެކަމަށް ހުރިހާ ބޭފުޅުންވެސް އެއްބާރުލުން ދިނުމަށެވެ. މިހާތަނަށް ރާއްޖެއިން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1،090 އަށް އަރާފައެވެ. ވައިރަހުން ރަނގަޅުވި މީހުންގެ އަދަދަކީ 59 އެވެ. މަރުވި މީހުންގެ އަދަދަކީ ހަތަރެކެވެ.
ކޮންމެ ގެއެއްގައިވެސް ވިޔަފާރިކުރުމަށް އެކަކު ބެހެއްޓުން މުހިންމު: ޑރ. އަފްޒަލް
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު، އަބްދުﷲ ރިޔާޒަށް މާލެ އެރުމަށް ހުއްދަ ދިނުމުގައި އުސޫލުން ބޭރުން އަމަލުކޮށްފައިނުވާނެ ކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެ އެވެ. މާލެ ލޮކްޑައުންކޮށްފައި އޮއްވާ ރިޔާޒަށް މާލެ އެރުމުގެ ހުއްދަ ދިނުމުން ބައެއް އާންމުންނާއި މަޖިލިސް މެމްބަރުން އަންނަނީ އެކަމުގައި އަމަލުކޮށްފައިވާ ގޮތާ މެދު ސުވާލު އުފައްދައި، ފާޑު ކިޔަމުންނެވެ. އެގޮތުން ވަކި މީހަކަށް ވަކި ގޮތްތަކަށް އަމަލު ކުރަމުންދާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ. މިރޭ އެންއައިއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު، "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަވީން ވިދާޅުވީ، މާލެ އެރުމުގެ ހުއްދަ ދެނީ އެކަމަށް ފުލުހުންގެ ތެރޭގައި އޮންނަ ހާއްސަ ޓީމަކުން ކަމަށާއި ހުއްދަ ދޭއިރު ހުއްދަ ދެވެނީ ކޮން ހައިސިއްޔަތުގެ މީހެއްކަން އެ ބޭފުޅުނަކަށްވެސް ނޭނގޭ ކަމަށެވެ. ރިޔާޒަށް ހުއްދަ ދިނުމުގައި އުސޫލުން ބޭރުން ކަންކޮށްފައިވާނެތޯ ސުވާލު ކުރުމުން ނަވީން ވިދާޅުވީ، " އެފަދަ ގޮތަކަށް އަމަލުކޮށްފައި ނުވާނެ" ކަމަށެވެ. "އެ ޓީމުން އެވަލުއޭޓް ކުރާއިރު، އެނގޭނީ އެމީހާގެ ނަމާއި، އެޑްރޭހާއި އައިޑީކާޑް ނަންބަރު. އެއީ ކޮން ހައިސިއްޔަތެއްގެ މީހެއްތޯ ނުބަލާނެ،" ނަވީން ވިދާޅުވިއެވެ. މާލެ 14 ދުވަހުގެ މުއްދަތައް ލޮކްޑައުން ކުުރުމަށް ނެރުނު އަމުރުގައި މާލެއަށް މީހުން އެރުމާއި ފޭބުމަކީ މަނާކަމެކެވެ. އަދި އެކަމުގައި އިސްތިސްނާ ވަނީ، ޑިރެކްޓާ އޮފް ޕަބްލިކް ހެލްތް (ޑީޖީ) ކަނޑައަޅާ ފަރާތްތަކެކެވެ. އަދި އެ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ވަގުތާއި ހާލަތައް ރިއާޔަތްކޮށް، އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމުގެ ކަންކަން މަގުފަހިކޮށްދިނުމުގެ ޒިންމާ ހަވާލުކޮށްފައިވަނީ ފުލުހުންނާ ކަމަށްވެސް އެ އަމުރުގައި ބުނެ އެވެ. ރިޔާޒަށް ހުއްދަ ދިނުމުގައި ވަކި ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ބުނެ އާންމުގެ ފާޑުކިޔުން އަމާޒުވަމުންދާއިރު، ރިޔާޒް މިއަދު ވަނީ ނުފޫޒުން ބޭނުންކުރައްވައިގެން ހުއްދަ ހޯދައިފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ. ރިޔާޒް މިއަދު "ސަން" އަށް ވިދާޅުވީ، އޭނާ ހުއްދައަށް އެދުނީ މަޖިލިސް މެމްބަރެއްގެ ހައްސިއްޔަތުންވެސް ނޫން ކަމަށާއި އޭނާއާއެކު އިތުރު ހަތް މީހަކަށް ތިމަރަފުށިން މާލެ އައުމަށް ހުއްދަ ދިން ކަމަށެވެ. އަދި މާލެ އައީ އަމިއްލަ ހަރަދުގައި ކަމަށްވެސް ރިޔާޒް ފާހަގަ ކުރެއްވިއެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ނަވީން މިރޭ ވަނީ މާލެ އެރުމަށް ހުއްދަ ދިނުމުގައި ބަލާ މިންގަނޑުތައްވެސް ހާމަ ކުރައްވާފައެވެ. މިހާތަނަށް އެގޮތަށް ރިސޯޓުތަކާއި ސަފާރީތަކާ އަދި ރަށްރަށުން 185 ފަރާތަކަށް ހުއްދަ ދީފައިވާނެ ކަމަށް ނަވީން ވިދާޅުވިއެވެ. "އެ ރަށްރަށަކީ ކަރަންޓީން ފުރިހަމަވެގެން ނުވަތަ ކަރަންޓީނެއް ނެތް ނުވަތަ އައިސޮލޭޝަންގައި ނެތް ރަށްރަށް [ތޯ ބަލަން]. އަޅުގަނޑުމެން އެބަ ބަލަން، އެބޭފުޅަކު އެ އަންނަނީ، ކަރަންޓިން ކުރެވިފައި ހުރި ގެއަކަށްތޯ، ނުވަތަ އައިސޮލޭޝަނަށް ލެވިފައި އޮތް ގެއަކަށްތޯ،" ނަވީން ވިދާޅުވި އެވެ. "އެޗްޕީއޭ އިން ހުއްދަ ދެއްވަނީ މެޑިކަލް ކަންތައްތައްކުގައި އެބޭފުޅުން ނިންމަވާ ގޮތެއް ނިންމަވާފައި އަޅުގަނޑުމެންނަށް އަންގަވަނީ. އެހެން ނޫނީ، މި ކްރައިޓީރިއާ އަށް ބަލާއިފައި ވާހަކަ ދެއްކުމަށްފަހު، ހުއްދަ ދެއްވަނީ،" ނޫސްވެރިންގެ ބައްދަލުވުމުގައި ނަވީން ވާހަކަ ދައްކަވަނީ --- ފޮޓޯ/ އެންއީއޯސީ ނަވީން ވިދާޅުވި ގޮތުގައި، މާލެ އައުމުގެ ހުއްދައަށް އެދޭ މީހާ އަކީ، ޕޮޒިޓިވްވެފައިވާ ކޭސްއަކާ ކޮންޓެކްޓް ވެފައިވާ މީހެއްތޯ ވެސް ފުލުހުން ކަށަވަރު ކުރާނެ ކަމަށެވެ. އަދި އެކަންކަން ބެލުމަށް ވަގުތުތަކެއް ނަގާފާނެ ކަމަށް އޭނާ ވިދާޅުވި އެވެ. "މި ހުރިހާ ކަމެއް ބަލާތީވެ އަޅުގަނޑުމެންނަށް އެ އަންނަ ހުރިހާ މެއިލްއަކަށް އެއްފަހަރާ ޖަވާބެއް ނުދެވޭ. ފަހަރަކު މެއިލްއަކަށް ޖަވާބު ދެމުން މިދަނީ،" ނަވީން ވިދާޅުވި އެވެ. މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަވީން ދެއްކެވި ވާހަކަތަކާއި މިރޭ ދެއްކި ވާހަކަތަކާ ފުށުއެރުންތަކެއް އެބަހުއްޓެވެ. މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަވީން ވިދާޅުވީ، ރަށެއްގައި ހުރި މީހަކު މާލެ އައުމަށްޓަކައި ފުލުހުން އެ މީހަކަށް ހުއްދަ ދިނުމުގައި އަމަލު ކުރަމުން އަންނަ ގޮތަކީ، އެޗްޕީއޭ އިން އެ ހުއްދައެއް ދިނުމުން ފުލުހުން އެކަމަށް ކުލިޔަރެންސް ދިނުން ކަމަށެވެ. "އެޗްޕީއޭ އިން އެބޭފުޅަކަށް ހުއްދަ ދެއްވީމަ، އަޅުގަނޑުމެން ހުއްދަ މި ދެއްވަމުން މި ގެންދަވަނީ. އެއީ އެޗްޕީއޭގެ އެންއީއޯސީގެ ލީގަލްއިން ހުއްދަ ދެއްވީމަ އަޅުގަނޑުމެން ހުއްދަ ދެއްވިގެން މިދަނީ،" މަޖިލިސް މެމްބަރަކަށް ހުއްދަ ދިނުމުގައި ވަކި ގޮތްތަކަށް އަމަލު ކޮށްފައިވާ ކަމަށް ބުނެ އެކަމާ ގުޅޭ ގޮތުން ސުވާލު ކުުރުމުން ނަވީން ވިދާޅުވި އެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ނަވީން ވާހަކަ ދައްކަވަނީ --- ފޮޓޯ/ އެންއީއޯސީ ނަވީން އެގޮތަށް ވިދާޅުވިއިރު، މިއަދު މެންދުރު އެންއޯއީސީގެ ތަރުޖަމާނު މަބްރޫކު އަޒީޒް "ސަން" އަށް ވިދާޅުވީ، ރިޔާޒަށް މާލެ އެރުމުގައި ހުއްދަ ދީފައިވަނީ ފުލުހުން ކަމަށެވެ. މިކަމުގައި އެންއީއޯސީގެ ލީގަލް ޓީމުން އަދި އެޗްޕީއޭ އިން ހުއްދަ ދީފައި ނުވާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ. މާލެ ލޮކްޑައުންގައި އޮތުމުން އެތައް ބަޔަކަށް އެމީހުންގެ ރަށްތަކަށް ނުދެވި އަދި މާލެ އަރަން ބޭނުންވެފައި ތިބި މީހުން ރަށްތަކުގައި ވަނީ ތާށިވެފައެވެ. މިގޮތަށް މާލެއިން ފޭބުމުގެ ހުއްދައާއި މާލެއަށް އެރުމުގެ ހުއްދައަށް އެދުމުން އެޗްޕީއޭ އިން ހުއްދަ ނުދޭކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އެމްޕީ ރިޔާޒަށް މާލެ އެރުމަށް ހުއްދަ ދިނުމުގައި އުސޫލާ ޚިލާފު ކަމެއް ނުކުރޭ: އޭސީޕީ ނަވީން
މާލެ ސަރަހައްދު މިހާރު ފުރަބަންދު ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމުން ކޮވިޑްއަށް ޕޮސިޓިވްވާ މީހުންގެ އަދަދު އިތުރުވާނެކަމަށް ބެލެވޭ ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ. ކޮވިޑާ ގުޅޭ ގޮތުން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަފްޒަލް ވިދާޅުވީ މިހާރު މި އޮތް ފުރަބަންދުގެ މުއްދަތު ނިމުމުން ކޭސްތައް ފެންނަމުންދާ މިންވަރު މާ ބޮޑަށް އިތުރުވާނަމަ އަލުން ފުރަބަންދަކަށް ދާން ޖެހިދާނެ ކަމަށެވެެ. އޭނާ ވިދާޅުވީ މިހާރު މި އޮތް ފުރަބަންދަށް ފަހު މަޑުމަޑުން ލުއި ދޭން ފަށާނީ ވަކި ފޭސްތަކަކަށް ބަހާލައިގެން ކަމަށާއި އަދި ފޭސް ދޭކަށް ދާނީ ފޭސް އެެކެއްގައި ހާސިލް ކުރަން ބޭނުންވާ ނަތީޖާ ހާސިލް ވުމުން ކަމަށެވެ. މިހާ ދިގު ލޮކްޑައުންއެއް ނިމިގެންދާއިރު މީހުން ބޭރަށް ނުކުތުމުކީ ތަބީއީ ގޮތުންވެސް އަންނާނެ ބަދަލެއް ކަމަށް އަފްޒަލް ވިދާޅުވި އެވެ. "ދެފައި ދަމާލަންވެސް މީހުން ބޭނުންވާނެ ހިނގާލަން. ނޫނިއްޔާވެސް ބޭރަށް ނުކުމެލަންވެސް. އެއީ ތޮބީއީ ކަމެއް. ކޮންމެވެސް ވަރަަކަށް ކޮންޓްރޯލްތަކެއް ބެހެއްޓިދާނެ. އެހެން ނަމަވެސް އިންސާނީ ތޮބީއަތަށް ބަލާއިރު އިނީޝިއަލީ ލޮކްޑައުންއަށްފަހު ކޮންމެވެސް ވަރެއްގެ މައިނާ ސާޖެއް އައުން އެކަށީގެންވޭ." ޑރ. އަފްޒަލް ވިދާޅުވިއެވެ. އެހެންކަމުން ލޮކްޑައުންއަށް ލުޔެއް ދިނުމަށްފަހު ފުރަތަމަ ފޭސްގައިވެސް ބަލި އިތުރުވަނީ ކިހާވަރަކަށްތޯ ބަލާނެ ކަމަށް އަަފްޒަލް ވިދާޅުވިއެވެ، އެގޮތުން ފޭސް އެކެއްގައިވެސް ބަލި ކޮންޓްރޯލް ކުރަން އާންމުންނަށް ވަރަށް ބޮޑަށް ހަނދާންކޮށް ދޭން ޖެހޭ ކަަމަށާއި އަދި އާންމުންނަށް އެކަން ވިސްނި ބަލިކޮންޓްރޯލްކުރަން ދުވަސްތަކެއް ނަގާނެކަމަށް އޭނާ ވިދާޅިުވިއެވެ. "ލޮކްޑައުން ފެށިއިރު އޮތްއިރާ މިހާރާ މީހުންގެ ކޮމްޕްލަޔަންސް އިތުރުވެފައިވަނީ. މީހުން މިހާރު މާބޮޑަށް އެކަމަށްް ބަލައިގެން ދޭ އިރުޝާދަށް އަމަލުކުރާތަން އެބަފެނޭ އަޅުގަނޑުމެންގެ ކޭސްލޯޑަށް ބަލައިފިނަމަ" އަފްޒަލް ވިދާޅުވިއެވެ. މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑްގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ މިހާރު އޮތް ފުރަބަންދުގެ މުއްދަތު ނިމުމުން ކޭސްތައް ފެންނަމުންދާ މިންވަރު މާ ބޮޑަސް އިތުރުވާނަމަ އަލުން ފުރަބަންދަކަށް ދާން ޖެހިދާނެ ކަމަށެވެެ. އޭނާ ވިދާޅުވީ މިހާރު މި އޮތް ފުރަބަންދަށް ފަހު މަޑުމަޑުން ލުއި ދޭން ފަށާނީ ވަކި ފޭސްތަކަކަށް ބަހާލައިގެން ކަމަށާއި އަދި ފޭސް ދޭކަށް ދާނީ ފޭސް އެެކެއްގައި ހާސިލް ކުރަން ބޭނުންވާ ނަތީޖާ ހާސިލް ވުމުން ކަމަށެވެ. މިހާރު މިއޮތް ފުރަބަންދުގެ މުައްދަތު ހަމަވާނީ މިމަހުގެ 28 ވަނަ ދުވަހުއެވެެ. ކޮރޯނާ ޖެހިފައިވާ 1247 މީހަކު ރާއްޖެއިން ފެނިފައިވާއިރު ބަލީ ހަތަރު މީހަކު ވަނީ މަރުވެސްވެފައެވެ.
ލޮކްޑައުން ނިންމާލީމަ ކޭސްތައް އިތުރުވުން އެކަށީގެންވޭ: ޑރ. އަފްޒަލް
ކޮރޯނާ ވައިރަސްއާ ގުޅިގެން އަޅާފައިވާ ލޮކްޑައުންގެ އުސޫލުތަކާ ހިލާފުވި ނައިޖީރިއާގެ ދެ ހޮޓަލެއް ތަޅާލައިފިއެެވެ. ނައިޖީރިއާގެ ދެކުނުގެ ރިވާސ ސްޓޭޓްގެ ގަވަރުނަރު ނިޔުސޮމް ވައިކް ވަނީ އެ ހޮޓާ ތަޅާލާތަން ސުޕަވައިޒް ކުރައްވައިފައެވެެ. އޭނާ ވިދާޅުވީ ތަޅާލި ދެ ހޮޓަލުގައިވެސް މީހުން ބައިތިއްބާ ކަަމަށެެވެ. އޭނާ ވިދާޅުވީ އެ ސްޓޭޓްގެ އެކި ހޮޓާތަކުގައި ކޮރޯނާ ޖެހޭ މީހުންވެސް ބައިތިއްބައިވާ ކަމަށެވެ. ނަމަވެސް ތަޅާލި ދެ ހޮޓަލުގައި މީހުން ތިއްބާ ކަމެއް ވިދާޅެއް ނުވެއެެވެ. އެ ދެ ހޮޓަލުގެ މެނޭޖަރުންވެސް ހައްޔަރުކޮށްފައިވާއިރު، ޕްރޮޑެސްޓް ހޯމް ހޮޓަލުގެ މެނޭޖަރު ވިދާޅުވީ އެ ހޮޓާ އޮޕަރޭޓްނުކުރާ ކަމަށެވެ. " ހޮޓަލުގެ 70 ޕަސެންޓް ސްޓާފުން ވަނީ ފޮނުވާލައިފައި. އެންމެ ތިން މީހުން ތިބީ. އޮފިޥަލިން އައިސް އެދުނީ ރިޝްވަތު ދޭން. ލާރި ދީފިނަމަ ހޮޓާ ހިންގޭނެ ކަމަށް ބުނި. އެކަމަކު ހޮޓާ އޮޕަރޭޓްކުރާތީ ނެތް ފައިސާއެއް ދޭކަށް " ހޮޓަލްގެ އޯނަރު ބީބީސީއަށް ވިދާޅުވިއެވެ. ރިވާ ސްޓޭޓްގެ ސަރުކާރުން ވަނީ ރިޝްވަތުގެ ތުހުމަތުތައް ދޮގުކޮށްފައެެވެ. ހޮޓަލް ތަޅާލި މައްސަލައިގައި ގަވަރުނަރުގެ މައްޗަށް ކޯޓަށް މައްސަލަ ހުށަހަޅާނެކަމަށް ވަނީ ބުނެފައެެވެ. ލޮކްޑައުންއާ ހިލާފުވެ ދުއްވި ވެހިކަލްތަކެއްވެސް ނީލަން ކިޔުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެެ. ކޮރޯނާ ޖެހިފައިވާ 4000 އަށްވުރެ ގިނަ މީހުން ނައިޖީރިއާއިން ވަނީ ފެނިފައެވެެ. ގިނަ ކޭސްތައް ފެނިފައިވަނީ އެގައުމުގެ ކޮމާޝިއަލް ކެޕިޓަލް ކޭގޯސްއިންއެެވެ.
ލޮކްޑައުންގެ އުސޫލާ ހިލާފުވެގެން ނައިޖީރިއާގެ ދެ ހޮޓަލެއް ބިމާހަމަކޮށްލައިފި
ކޮވިޑް-19 ފެނިފައި ނުވާ ރަށްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ހުއްދަ ދިނުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ގޮވާލައިފިއެވެ. ކޮވިޑް-19 ފެތުރިޔަ ނުދިނުމަށް އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރުން މަނާ ކުރުން ހިމެނެއެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މި ރަމަޟާން މަސް ނިމިގެންދާއިރު ރާއްޖޭގެ އެއްވެސް މިސްކިތެއްގައި ޖަމާއަތުގައި ނަމާދު ކުރުމާއި، ތަރާވީސް ނަމާދު ކުރުމާއި، އަދި ދަމު ނަމާދު ފަދަ ކަންކަން ކުރުމަށް ހުރަސްއެޅިފައިވުމަކީ އެ ކޯލިޝަނުގެ ކަންބޮޑުވުމެއް ކަމަށެވެ. އަދި ރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި މިސްކިތްތައް ބަންދުކޮށްފައި ހުރުމަކީވެސް ދިވެހީންނަށް އެކަމުގެ އަސަރު ކުރާނެ ކަމެއް ކަމަށް އެ ކޯލިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ. ރަމަޟާން މަހުގެ ފަހު 10ގައިވެސް މިސްކިތްތައް ބަންދުކޮށްފައި ހުރުމަކީ އިސްލާމް ދީނަށް ލޯބި ކުރާ އެތައް ބައެއްގެ ކަންބޮޑުވުމެއް ކަމަށް އެ ކޯލިޝަނުން ބުންޏެވެ. އެ ކޯލިޝަނުން ވަނީ ފަހު 10ގައި ނަމަވެސް، މީހުންނަށް ނަމާދު ކުރެވޭނެހެން މިސްކިތްތައް ހުޅުވާލަން ގޮވާލައިފައެވެ. "ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދިޔަނަމަވެސް، މި ވައިރަހުގެ އަސަރު އެއްވެސް މިންވަރަކަށް ކޮށްފައި ނުވާ ރާއްޖޭގައި ހުރި އިރު، އެ ރަށްތަކުގެ މިސްކިތްތައް ބަންދުކޮށް، އެ ރަށްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓުވައިގެން ތިބެންޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލެއް ނުކުރެވެއެވެ." ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައިވެއެވެ. ކޮވިޑް-19 ނުފެތުރޭ ރަށްރަށުގެ މިސްކިތްތައް ހުޅުވާލައި މިސްކިތްތަކުގައި ހޭލުންތެރިކަން ފަތުރަން މައުލޫމާތު ލިބޭނެ ގޮތް ހަދައި، ސާފުތާހިރުވުމަށް ބޭނުންވާނެ ވަސީލަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައި، ރައްޔިތުންގެ ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް މިސްކިތްތަކުގައި އެޅުމަށްވެސް އެ ކޯލިޝަނުން ގޮވާލިއެވެ.
ކޮވިޑް-19 ފެނިފައި ނުވާ ރަށްތަކުގައި ޖަމާއަތުގައި ނަމާދު ކުރެވެން ޖެހޭ: އިދިކޮޅު
ބަލިޖެހޭ މީހުންގެ އަދަދު ދުވާލަކަށް އެވްރެޖްކޮށް ހުންނާނީ 30 އާއި 50 އާއި ދެމެދުގެ އަދަދެއްގައި ކަމަށް ލަފާ ކުރެވޭ ކަމަށް ޑރ އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ. ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ އަފްޒަލް ވިދާޅުވީ 30 މީހުން ޕޮސިޓިވްވުމަކީ ދަށް އަދަދެއް ކަމަށެވެ. އެއީ ބޭސްލައިން ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ. "އަޅުގަނޑަށް ވަރަށް ލަފާކުރެވޭ އަޅުގަނޑުމެންގެ ބޭސްލައިން އުޅޭނީ ގާތްގަނޑަކަށް 30 އާ 50 އާ ދޭތެރޭގައި ކަމަށް. މިފަދަ އެހެން ބަލިތަކަށް ބަލާއިރުގައި ވެސް ހަގީގަތުގައި ބޭސްލައިން އުޅެނީ އެހާވަރަށް،" ޑރ. އަފްޒަލް ވިދާޅުވި އެވެ. ޑރ.ވިދާޅުވީ ބަލި ޖެހޭ މީހުންގެ އަދަދު ދަށްވުމަކީ އެންމެންގެވެސް އުއްމީދަށް ވާނެ ކަމަށާއި ނަމަވެސް މިފަދަ ބަލިމަޑުކަމެއްގައި ބޭސްލައިން ހުންނާނީ މިހާރު ހުރި މިންވަރުގައި ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ބަލި ޖެހޭ މީހުން އާންމުކޮށް ފެންނަ މިންވަރެއް އުފެދިދާނެ ކަމަށް ވެސް ޑރ. ވިދާޅުވިއެވެ. މިހާރު ބަލި ފެންނަމުންދާ އަދަދަށް ބަލާއިރު 30 އާއި 50 އާއި ދެމެދުގެ އަދަދަކީ މާލޭގެ އާބާދީ އަށް ބަލާއިރު ގިނަ އަދަދެއް ނޫންކަމަށްވެސް ޑރ އަފްޒަލް ވިދާޅުވިއެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑްގެ 1274 ކޭސް ފެނިފައިވާއިރު މިހާތަނަށް އެންމެ ގިނަ އަދަދަކަށް ކޭސް ފެނިފައިވަނީ، މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެއީ 191 ކޭސްއެވެ. ދެވަނަ އަށް އެންމެ ގިނަ އަދަދަކަށް ކޭސް ފެނިފައިވަނީ މިމަހުގެ އަށް ވަނަ ދުވަހުއެވެ. އެއީ 98 ކޭސްއެވެ. އެފަހުން ރައްޖޭގެ ދުވަހުން ދުވަހަށް ފެންނަ ކޭސްތައް އުޅެނީ 50 އާއި 25 އާ ދެމެދުގައެވެ.
ބަލިޖެހޭ މީހުންގެ އަދަދު ހުންނާނީ 30 އާއި 50 އާއި ދެމެދު ކަމަށް ލަފާކުރެވޭ: ޑރ އަފްޒަލް
ކޮވިޑް-19އާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނައި ދ. ކުޑަހުވަދޫ އާންމު ހާލަތަށް ބަދަލުކޮށްފިއެވެ. ދ. ކުޑަހުވަދޫ މޮނިޓަރިންގެ ހާލަތަށް ގެނައީ، މި މަހުގެ 21 ވަނަ ދުވަހު އެވެ. މިހާރު އެ ރަށް މޮނިޓަރިންގެ ހާލަތުން އާންމު ހާލަތަށް ބަދަލުކޮށްފައިވާ ކަމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވަނީ ވިދާޅުވެފައެވެ. މަބްރޫކު އިތުރަށް ވިދާޅުވީ، މޮނިޓަރިންގެ ހާލަތަށް ގެެނައި ސަފާރީއެއް ކަމަށްވާ މޯލްޑިވިއާނާ ސަފާރީވެސް މިހާރު މޮނިޓަރިންއިން ނަގައި އާންމު ހާލަތަށް ބަދަލުކޮށްފައިވާ ކަމަށެވެ. މިއަދު މެންދުރު 15:30ގެ ނިޔަލަށް ރާއްޖޭގެ 253 ތަނެއް މޮނިޓަރިންގެ ހާލަތުގެ ދަށުގައި އޮތް ކަމަށްވެސް މިރޭ މަބްރޫކު ވިދާޅުވިއެވެ. އޭގެ ތޭގައި ކުޑަހުވަދޫ ނުލައި 21 ރަށެއް ހިމެނެއެއެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 73 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އެހެންކަމުން މިއަދަކީ މިހާތަނަށް ރާއްޖޭގައި އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވި ދުވަހެވެ. މިހާރު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 214 އެވެ.
ކުޑަހުވަދޫ މޮނިޓަރިންގެ ހާލަތުން ނަގައިފި
ވޫހާން (މެއި 12): ޗައިނާގެ ވޫހާންގައި ދިރިއުޅޭ އެންމެން ކޮރޯނާވައިރަހަށް ޓެސްޓު ކުރަން އެ ސިޓީން ތައްޔާރުވެއްޖެ އެވެ. ޗައިނާގެ ދައުލަތުގެ މީޑިއާއެއް ކަމަށްވާ ދަ ޕޭޕާގައިވާ ގޮތުން އެ ސިޓީގެ އެންޓި ވައިރަސް ޑިޕާޓްމެންޓުން ވަނީ ކޮންމެ ޑިސްޓުރިކްޓެއްގައި ދިރިއުޅޭ މީހުން 10 ދުވަސް ތެރޭ ވައިރަހަށް ޓެސްޓު ކުރެވޭނެ ގޮތުގެ ރޭވުމެއް އެކުލަވާލަން އެ ސަރަހައްދުތަކުގެ އޮފިޝަލުންނަށް އަންގާފަ އެވެ. އަދި ޓެސްޓު ކުރުމުގައި އުމުރުން ދުވަސްވީ މީހުންނާއި ވައިރަސް ފެތުރުމުގެ ނުރައްކާ ބޮޑު ސަރަހައްދުތަކަށް އިސްކަން ދިނުމަށް އެ ޑިޕާޓްމެންޓުން ވަނީ އަންގާފަ އެވެ. ނަމަވެސް ޗައިނާގެ ގްލޯބަލް ޓައިމްސް ނޫހުން ވާހަކަ ދެއްކި ބައެއް އިސް ސިއްހީ އޮފިޝަލުން ވަނީ ވޫހާންގެ އެންމެން ޓެސްޓު ކުރުމަކީ އަގުބޮޑު އަދި އުނދަގޫ ކަމަކަށް ވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ވޫހާންގެ ޔުނިވާސިޓީ ހޮސްޕިޓަލްގެ ޑިރެކްޓާ އޮފް އިންޓެންސިވް ކެޔާ ޔުނިޓު، ޕެންގް ޝިޔޮންގް ވަނީ އެ މަސައްކަތުގެ ތެރެއިން ޓެސްޓު ކުރާނެ ކަމަށް ބޮޑަށް ބެލެވެނީ ސިއްހީ މަސައްކަތްތެރިންނާއި ބަލި ޖެހުމުގެ ނުރައްކާ އޮތް މީހުން ކަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރުން ވޫހާން ޔުނިވާސިޓީގެ އެހެން އިސް ބޭފުޅަކު ވަނީ މިހާރުވެސް އެ ސިިޓީގެ ތިން މިލިއަނާއި ފަސް މިލިއަނާ ދެމެދުގެ އަދަދަކަށް މީހުން ވައިރަހަށް ޓެސްޓުކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި 10 ދުވަސް ތެރޭ ބާކީ ހަޔެއް ނުވަތަ އަށް މިލިއަނެއްހާ މީހުން ޓެސްޓު ކުރުމުގެ ގާބިލުކަން ވޫހާންއަށް ލިބިގެންވާ ކަމަށް ވިދާޅުވެފަ އެވެ. ވޫހާންގެ މުޅި އާބާދީ ޓެސްޓު ކުރަން ތައްޔާރުވެފައި ވަނީ އެ ސިޓީން ވައިރަހުގެ ކޭސްއެއް ނުފެންނަތާ 35 ދުވަސް ފަހުން މިދިޔަ ހަފްތާ ބަންދު ތެރޭގައި އެ ސިޓީގެ ހަ މީހަކު ވައިރަހަށް ޕޮޒިޓިވްވި ފަހުންނެވެ. އެ ހަ މީހުންނަކީ ގައުމުން ބޭރަށް ދަތުރުކޮށްފައި ނުވާ އަދި އެއް ސަރަހައްދެއްގައި ދިރިއުޅޭ މީހުންނެވެ. އެ ކޭސްތައް ފެނިފައި ވަނީ 11 ހަފްތާގެ ލޮކްޑައުންއަކަށް ފަހު ވޫހާން މިދިޔަ މަހު ހުޅުވާލި ފަހުންނެވެ. އަދި ބައެއް ސްކޫލުތަކާއި ވިޔަފާރިތައް ހުޅުވާ، އާއްމު ދަތުރުފަތުރުގެ ހިދުމަތް ދޭން ފެށި ފަހުންނެވެ. ޗައިނާގައި މިހާތަނަށް 84،011 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރެއިން 79,208 މީހެއްގެ ބަލި ވަނީ ރަނގަޅުވެފަ އެވެ. އަދި ބަލީގައި 4،600އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ވޫހާންގައި ދިރިއުޅޭ އެންމެން ކޮރޯނާވައިރަހަށް ޓެސްޓު ކުރަނީ
ކޮވިޑް19 އަށް ފަރުވާ ހޯދަމުންދިޔަ އިތުރު ފަސް މީހަކު ބަލިން ރަނގަޅުވެއްޖެއެވެ. އެންއީއޯސީ އިން ބުނީ މިހާރު ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ 109 އަށް އަރާފައިވާ ކަމަށެވެ. މިއަދު ރަނގަޅުވި މީހުންނާ ގުޅޭ ތަފްސީލެއް އެންއީއޯސީ އިން ހާމައެއް ނުކުރެއެވެ. ރާއްޖެއިން މިހާތަނަށް 1274 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިއަދު 58 ކޭސް ފެނިފައިވާއިރު ތެރޭގައި ހިމެނެނީ 18 ދިވެހިންނާއި 39 ބަންގަލަދޭޝް މީހުން އަދި އިންޑިއާ މީހެކެވެ. ރާއްޖެއިން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 452 ދިވެހީންނާއި، ބަންގްލަދޭޝްގެ 661 މީހުންނާއި، އިންޑިއާގެ 119 މީހަކާއި، ނޭޕާލް 16 މީހުންގެ އިިތުރުން، ލަންކާގެ ހަ މީހަކާއި ޕާކިސްތާންގެ ތިން މީހުން ހިމެނެއެވެ. ކޮވިޑް19 ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވެފައިވަނީ ހަތަރު މީހެކެވެ.
އިތުރު ފަސް މީހަކު ބަލިން ރަނގަޅުވެއްޖެ
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރުން މަގާމުން ވަކިކުރުމުގެ މައްސަލަ މާދަމާ މަޖިލީހުގައި އެޖެންޑާކޮށްފި އެވެ. މާދަމާ ހެނދުނު 10:00ގައި އޮންލައިންކޮށް ބާއްވާ މަޖިލީހުގެ ޖަލްސާއަށް މަޖިލިހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންތައްތަކުގެ ތެރޭގައި ހިމެނިފައި ވަނީ، ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން އެދިފައި ވާތީ އެޗްއާރުސީއެމްގެ މެންބަރުން މަގާމުން ވަކިކުރުމުގެ މައްސަލަ ތަޅުމުގައި އިއުލާން ކުރުމެވެ. މަޖިލީހުގެ ގަވާއިދުގައި މިހާރު އޮންނަ ގޮތުން، ދައުލަތުގެ މަގާމެއްގައި ހުންނަ ފަރާތެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދެވޭނީ، މަޖިލީހުގެ ރައީސް އެކަން ތަޅުމުގައި އިއުލާން ކުރުމަށް ފަހު އެވެ. އެއަށް ފަހު އެ މައްސަލަ ދިރާސާ ކުރުމުގެ މަސައްކަތް ކަމާ ގުޅޭ ކޮމިޓީއަކަށް ފޮނުވާނެ އެވެ. އެޖެންޑާގައި ބުނެފައިވާ ގޮތުގައި، އެޗްއާރުސީއެމްގެ މެންބަރުން ވަކި ކުރުމުގެ މައްސަލަ މަޖިލީހުގައި އިއުލާން ކުރަނީ މަޖިލީހުގެ ގަވާއިދުގެ 210 ވަނަ މާއްދާގެ ށ ގެ ދަށުންނެވެ. ކޮވިޑް-19ގެ ހާލަތުގައި މީހުންގެ ހައްގުތައް ކަށަވަރު ކުރުމަށް އެޗްއާރުސީއެމްއިން އެދެވޭ ގޮތެއްގައި މަސައްކަތް ކުރަމުން ނުދާ ކަމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން މިދިޔަ ހަފްތާ އެކުލަވާލި ރިޕޯޓެއްގައި ބުނެފައިވެ އެވެ. އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި، ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އެޗްއާރުސީއެމްއިން މަސައްކަތް ކުރަން ފެށީ އެހެން މުއައްސަސާތަކަށް ވުރެ މާލަހުންނެވެ. އަދި އެޗްއާރުސީއެމް ފިޔަވާ އެހެން މުއައްސަސާތަކުން ވަނީ މަދު ވަސީލަތްތަކެއް ބޭނުންކޮށްގެން ނަމަވެސް، އެދެވޭ މަސައްކަތްތަކެއް ކޮށްފަ އެވެ. އެޗްއާރުސީއެމްއާ ގުޅޭ މައްސަލަތައް: މަޖިލީހުން މައުލޫމާތު ސާފު ކުރުމަށް ސިޓީ ފޮނުވުމުގެ ކުރިން، ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ތިބޭ ތަންތަނުގެ ހާލަތު ބެލުމަށް އެޗްއާރުސީއެމުން އެއްވެސް ޒިޔާރަތެއް ކޮށްފައި ނުވުން. އާންމު އުސޫލުން ޖަލުތަކުގައި ކުރެވޭ މުއާމަލާތްތައް މިވަގުތު ބަންދުވެފައިވާއިރު، އަދި އެޗްއާރުސީއެމްއަށް މައްސަލަ ހުށަހެޅެން އޮންނަ އިންތިޒާމުވެސް ބަދަލުވެފައިވާއިރު ޖަލުގައި ތިބޭ މީހުން ކޮމިޝަނަށް މައްސަލަ ހުށަހެޅޭނެ ގޮތެއް ހަމަޖައްސާފައިނުވުން. އިގްތިސާދީ ލޮޅުންތަކާއި ގުޅިގެން އެތައް ބައެއްގެ ވަޒީފާގެ ހައްގު ކުއްލިއަކަށް ގެއްލި އާމްދަނީ ލިބުމުން މަހުރޫމުވެގެން ދިޔައިރުވެސް މިކަމުގައި ކޮމިޝަނުން ދެކޭގޮތް އަދި އަޅާފައިވާ ފިޔަވަޅުތައް ހާމަކޮށްފައި ނުވުން. ހިއުމަން ރައިސްޓް ކޮމިޝަނުގެ 20 ވަނަ މާއްދާގެ ދަށުން އިންސާނީ ހައްގުތައް ނަގަހައްޓައި ދެމެހެއްޓުމުގައި އަމަލުކުރަން ޖެހޭ ގޮތުގެ ލަފާ ސަރުކާރަށް ދިނުމަކީ އެޗްއާރުސީއެމްގެ މަސްއޫލިއްޔަތެއް ނަމަވެސް އެފަދަ ލަފައެއް އަދި އިރުޝާދެއްވެސް ދީފައި ނުވުން. އިންސާނީ ހައްގުތައް ރައްކާތެރިކޮށް ކަށަވަރުކުރުމަށް އެންމެ ހަރަކާތްތެރިކޮށް މަސައްކަތް ކުރަން ޖެހޭނީ އެޗްއާރުސީއެމްކަން ކޮމިޓީއިން ފާހަގަ ކުރަމުން ރިޕޯޓްގައި ބުނެފައި ވަނީ، އެތައް ބައެއްގެ ވަޒީފާ ގެއްލި އާމްދަނީ ގެއްލި އިޖުތިމާއީ ރައްކާތެރިކަން ނުރައްކަލަކަށް ހުށަހެޅިފައިވާ މިދަނޑިވަޅުގައި ފާރަވެރިވުމުގެ ދައުރު އެޗްއާރުސީއެމްއިން އަވަސް ކުރަން ޖެހޭ ކަމަށެވެ. އެ ރިޕޯޓްގެ އިތުރަށް އެޗްއާރުސީއެމްއިން ޒިންމާ އަދާނުކުރުމާއި ވަކިވަކި ބައެއް މެންބަރުންނާ ގުޅޭ މައްސަލަތަކެއް ކޮމިޓީއިން މީގެ ކުރިން ވެސް ފާހަގަކޮށްފައިވެ އެވެ. އެގޮތުން ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނަށް އެތަނުގެ މުވައްޒަފުންގެ ފަރާތުން އަނިޔާ ލިބުނު މައްސަލައެއް އެކަށީގެންވާ ގޮތެއްގައި ބަލައި އެޗްއާރުސީއެމްއިން ފިޔަވަޅު ނޭޅި މައްސަލަ އާއި ގާނޫނުން ލިބިދޭ ހައްގުތަކަކުން ސިޔާސީ އެތައް ފަރާތްތަކެއް މަހުރޫމްކޮށް ސިޔާސީ ހަރަކާތްތައް ބޭއްވުން މިދިޔަ ސަރުކާރުގައި ހަނިކުރަމުން ދިޔައިރު އެޗްއާރުސީއެމްއިން އެކަމުގައި އެކަށީގެންވާ މަސައްކަތެއް ނުކުރި މައްސަލަތައް ވަނީ ފާހަގަކޮށްފަ އެވެ. މީގެ އިތުރުން އެ ކޮމިޝަންގެ މެންބަރަކަށް މޫސާ އަލީ ކަލޭފާނުގެ ނަން މަޖިލީހުން ފާސްކުރީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަން މައްސަލައެއްގައި ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވާފައި އޮއްވާކަން ވެސް މީގެ ކުރިން މަޖިލީހުގެ އެކި މެންބަރުން ފާހަގަ ކުރައްވާފައިވެ އެވެ. އެޗްއާރުސީއެމްގެ ރައީސްއަކީ، އައިމިނަތު އީނާސް އެވެ. އަދި ނައިބަކީ، މުހައްމަދު ޒާހިދެވެ. ދެން މެންބަރުންގެ ގޮތުގައި ތިއްބަވަނީ މޫސާ އަލީ ކަލޭފާނާއި ނައިވީން އަބްދުﷲ އާއި އައިޝަތު އަފިރީން މުހައްމަދެވެ.
އެޗްއާރުސީއެމްގެ މެންބަރުން މަގާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފި
ޒަރޫރީ ބޭނުންތަކަށް މުދާ ވިއްކާ ފިހާރަތަކަށް މީހުން ގޮސް، ހިދުމަތް ހޯދުމަށް ޓަކައި ފުލުހުންގެ ދޫކުރާ ހުއްދަ ނަގައިގެން މާލެ ވަށައި ބުރުޖަހަން ދިޔަ ކޭސްތަކެއް ފެންމަތިވެފައިވާ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފިއެވެ. އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ ފުލުހުން މަސައްކަތް ކުރަމުން އަންނަނީ ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ ލުއިތައް ހޯދައިދިނުމަށް ކަމަށެވެ. އަދި އެ ނޫން ގޮތަކަށް ހުއްދަތައް ބޭނުންކުރަން ފަށައިފިނަމަ ދަތިތަކެއް ކުރިމަތިވާނެކަން ވެސް މަބްރޫކް ފާހަގަކުރެއްވިއެވެ. "އަޅުގަނޑަށް އަޑުއިވޭ ބައެއް ކޭސްތައް. މިސާލަކަށް ޒަރޫރީ ބޭނުމަކަށް ހުއްދައެއް ނަގައިގެން މާލެ ވަށާ ބުރެއް ޖަހާލަން، މިގޮތަށް ގޮސްފައި ހުރި ކޭސްތަކުގެ ވާހަކަ ވެސް އަޅުގަނޑުމެންނަށް އެބަ އަޑުއިވޭ،" މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ ފުލުހުންގެ ހުއްދައާއެކު މާލެ ތެރޭގައި މާބޮޑަށް މީހުން ގިނަވެ، ބަލި އިތުރަށް ފެތުރޭކަމަށް ފެނިއްޖެނަމަ ފުލުހުން އިތުރު ފިޔަވަޅު އަޅާނެ ކަމަށާއި، އެއާއެކު އާންމު ހާލަތު އިތުރަށް އުނދަގޫވެގެން ދާނެ ކަމަށެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ހާލަތަށް އަންނަ ބަދަލާއެކު ޑެލިވަރީ ކުރުން މުޅިން ހުއްޓާލަން ޖެހިދާނެ ކަމަށެވެ. އެވާހަކައަށް އިޝާރާތް ކުރައްވައި، މަބްރޫކް ވިދާޅުވީ އެފަދަ ހާލަތަކަށް ނުދިއުމަށް ހުރިހާ ރައްޔިތުންވެސް ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި ހުރިހާ ރައްޔިތުންގެ އެއްބާރުލުމަށް ވެސް މަބްރޫކް އެދިވަޑައިގަތެވެ. "ހުރިހާ ބޭފުޅުން ވެސް، ތަންތަނަށް ވަޑައިގަންނަވާ އިރު، އަދި ހުއްދައެއް އޮތަސްވެސް ކޮންމެހެން ދާން ޖެހިގެން ނޫނީ ތަނަކަށް ނުދިއުން ފުރަތަމަ ކަމަކަށް. އަދި އެ ތާކަށް ގޮސް ވީހާވެސް މަދު ވަގުތެއް ހޭދަކުރުމަށްފަހު އަނބުރާ އައުން،" މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ އާންމު ހާލަތު މިހާރު އޮތް ހިސާބުގައި ވެސް ބޭއްވޭނީ ކޮންމެ މީހަކު ވެސް އެކަހަލަ ކަންކަމަށް ސަމާލުވެގެން ކަމަށެވެ. އެހެން ނޫންނަމަ އިތުރު ދަތިތަކެއް ދިމާވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭސީޕީ ނަވީން މިރޭ ވިދާޅުވީ މިއަދު ޕޯޓަލް މެދުވެރިވެގެން 741 މީހަކަށް ފާސް ދޫކުރެވިފައިވާ ކަމަށާއި، މިހާތަނަށް މުޅި ޖުމްލަ 23،188 ފާހެއް ދޫކުރެވިފައިވާ ކަމަށެވެ. ފާސް ދޫކުރަނީ 26 ޒޯނަކަށް ބަހާލައިގެންނެވެ. ކޮންމެ ޒޯނަކަށް އެއް ފަހަރާ ދޫކުރަނީ 65 ފާހެވެ. ރައްޔިތުންނަށް ފަސޭހަކުރުމަށްޓަކައި މިހާރު ކޮންމެ ދެ ދުވަހަކު ބޭނުންްކުރެވޭ ދާއިމީ ފާހެއް އަންނަނީ ދޫކުރަމުންނެވެ. ލޮކްޑައުންގެ އަމުރާ ހިލާފުވެގެން މިއަދު ނުވަ މީހަކު ހައްޔަރުކޮށް، 122 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
ޒަރޫރީ ބޭނުމަށް ކަމަށް ބުނެ މާލެ ވަށައި ބުރުޖެހުމުގެ މައްސަލަތަކެއް ފެންމަތިވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް އަޅުވައި އިންޓަވިއު ދިން މައްސަލަ ތަހުގީގުކޮށް ދައުވާ ކޮށްދިނުމަށް އެދި ފުލުސް އޮފީހަށް ހުށަހެޅުމަށް ނިންމައިފިއެވެ. ރައްޔިތުންގެ މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނީ، ކީރިތި ރަސޫލާއާ މެދު އިހާނެތި ބަސް ބުނެފައިވާ ކަމުގެ ދޮގު އިލްޒާމ،ް ރ. އަނގޮޅިތީމް މީހަކު ރައީސް ނަޝީދުގެ އިސްތަށިފުޅުގައި އަޅުވާފައިވާތީ އެކަން ތަހްގީގްކޮށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ. އެ ވާހަކަ ދެއްކި މީހާގެ އިތުރުން އެ އިންޓަވިއު ގެނައިސްދިން މީޑިއާގެ މައްސަލަތައް ވެސް ތަހްގީގް ކޮށްދެއްވުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައި ކަމަށް މަޖިލީހުން ވަނީ ބުނެފަ އެވެ. ގާނޫނުލް އުގޫބާތުގެ 617 ވަނަ މާއްދާގެ ހ. ގެ ފަސް ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ދިވެހިންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމާއި މީހުންގެ މެދުގައި ދީނީ ގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަކަ ދެއްކުމާއި އެފަދަ ގޮތްގޮތަށް އަމަލުކުރުމަކީ ޖުނުހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އެހެންކަމުން އެ މީހާ ދައްކާފައިވާ ވާހަކަތަކަކީ އެފަދަ ކުށަކަށްވާއިރު ރަމަޟާން މަހުގެ ފަހު ދިހައިގައި މި މައްސަލަ ކުރިމަތިކުރުވި ބަޔަކު އެކަން އެކުރަނީ، މި މާތް މައްސަރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގަތުލުކޮށްލުމަށް ލޭ ހުއްދަކަމަށް ދެއްކުމުގެ ބޭނުމުގައި ކަމުގައި ވެސް އެމަނިކުފާނު ދެކިވަޑައިގަންނަވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
މަޖިލިސް ރައީސްގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް އެޅުވި މައްސަލަ ފުލުހުންނަށް ހުށަހަޅަނީ
"ދިރާގުޕްލޭ"ގެ ނަމުގައި މުނިފޫހިފިލުވުމުގެ ސްޓްރީމިން މޮބައިލް އެޕްލިކޭޝަނެއް ތަޢާރަފުކޮށްފިއެވެ. ދިރާގުން ބުނީ މި އެޕްލިކޭޝަނަކީ ތަފާތު ގިނަ ކޮންޓެންޓް ހެޔޮ އަގެއްގައި އެއްތަނަކުން ބަލާލަން ބޭނުން ފަރާތްތަކަށް ހާއްސަކޮށް ތައާރަފުކުރި ޕްލެޓްފޯމެއް ކަމަށެވެ. މި ދުވަސްވަރަކީ ގިނަ ބަޔަކު ގޭގައި، ލޮކްޑައުންގެ ހާލަތުގައި ނުވަތަ އިޖުތިމާއީ ގައިދުރުކޮށްގެން ތިބެންޖެހިފައިވާ ދުވަސްވަރަކަށް ވުމުން މުނިފޫހިފިލުވުމަށް އޮންލައިން ސްޓްރީމިން ހިދުމަތްތައް ބޭނުން ކުރާ މިންވަރު އިތުރު ކަން ދިރާގުން ފާހަގަ ކުރިއެވެ. ދިރާގުން އަލަށް ތައާރަފުކުރި މި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ލައިވް ޓީވީ، އަދި ވީޑިއޯ އޮން ޑިމާންޑްގެ ތަފާތު ގިނަ ކޮންޓެންޓް މޯބައިލް ޑިވައިސްތަކުން ކޮންމެ ވަގުތަކު، ކޮންމެ ތާކު ބަލައިލެވޭނެއެވެ. ދިރާގު ޕްލޭގައި ކަސްޓަމަރުން މުނިފޫހިފިލުވުގެ މުޅިން އާ ފީޗާތައް ހިމެނެއެވެ. މަލްޓިޕްލް ސްކްރީންސް: އެންމެ ސަބްސްކްރިޕްޝަނަކުން ، އެއްފަހަރާ އެކި ޑިވައިސްތަކުން ދިރާގު ޕްލޭ އެޕް ބޭނުން ކުރެވޭނެ ރިކޯޑިންގ: މި ފީޗާ އިން ޕްރޮގުރާމްތައް ރިކޯޑްކޮށް، ކުރީބައިގައި ރިކޯޑް ކުރުމަށް ޝެޑިއުލްވެސް ކުރެވޭނެ ކެޗްއަޕް: މި ފީޗާ މެދުވެރިކޮށް ހަދާންނެތިގެން ބޭނުންވާ ޕްރޮގުރާމެއް އެއް ބަލާނުލެވިއްޖެ ހާލަތެއްގައި އަލުން އެ ޕްރޮގުރާމެއް ބަލާލެވޭނެ ރީސްޓާޓް: މި ފީޗާ މެދުވެރިކޮށް މިހާރު ބަލަމުން ގެންދާ ޕްރޮގުރާމެއް ބަލަމުން ދާ އިރު އަލުން އެ ޕްރޮގުރާމެއް ފަށައިގެން ބަލާލެވޭނެ ދިރާގު ޕްލޭ މިހާރު ހުޅުވާލާފައިވަނީ ދިރާގު މޯބައިލް ކަސްޓަމަރުންނަށް އެކަންޏެވެ. ޕެކޭޖް ސަބްސްކްރިޕްޝަނަކާއެކު ބޭނުން ކުރެވޭ މި އެޕްގައި އިންޓްރޮޑަކްޓަރީ އޮފަރ އެއްގެ ގޮތުން "ޕްލޭ" ޕެކޭޖް މުޅިން ހިލޭ އެއް މަސްދުވަހަށް ލިބޭނެއެވެ. މި ޕެކޭޖް ހިލޭ އެކްޓިވޭޓް ކުރެވޭނީ 15 ޖޫން 2020ގެ ނިޔަލަށެވެ. އެއަށް ފަހު ކަސްޓަމަރުންނަށް މި ޕެކޭޖް މަހަކު 30 ރުފިޔާއަށް ބޭނުންކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ. މި ޕްކޭޖުން ކަސްޓަމަރުންނަށް މިހާރުވެސް 23 ޗެނަލް ބަލާލެވޭނެ ކަމަށާއި ޕެކޭޖްގެ ވެލިޑިޓީއަކީ އެކްޓިވޭޓް ކުރާތާ 30 ދުވަސް ކަމަށް ދިރާގުން ބުންޏެވެ. ދިރާގުޕްލޭ މިހާރުވެސް ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރއިން ހިލޭ ޑައުންލޯޑްކޮށްލެވޭނެއެވެ.
ދިރާގު ޕްލޭގެ ނަމުގައި މުނިފޫހިފިލުވުމަށް ހާއްސަ އެޕެއް
ކޮރޯނާ ވައިރަސް ފެތުރެމުންދާ މި ދަނޑިވަޅު ބިރެއްނެތި ބްރެޒިލްގެ ރައީސް ޖައި ބޮލްސޮނާރޯ ފްލޯޓިން ބާބެކިއުއެއްގައި ބައިވެރިވެއްޖެއެވެ. ބޮލްސޮނާރޯ ވިދާޅުވާ ގޮތުގައި ކޮވިޑް-19 އަކީ މާބޮޑު ބައްޔެއް ނޫނެވެ. ބިރެއްނެތި އަމަނިކުފާނު މިހާރުވެސް އެކި ތަންތަނަށް ވަޑައިގެން ސަލާމް ކުރައްވައެެވެ. ބްރެޒިލްގެ ރައީސް ކުރިން ނިންމާފައި އޮތީ 30 މީހުންނާއެކު ބްރެޒިލްގެ ރިޔާސީ ގަނޑުވަރުގައި ބާބެކިއުއެއް ބާއްވާށެވެ. ނަމަވެސް އެކަން އިއުލާންކުރިތާ އަނެއް ދުވަހު އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވުމުން އެކަން ކެންސަލްކުރިއެވެ. ބާބެކިއު ގަނޑުވަރުގައި ބޭއްވުމަކީ ބްރެޒިލްގެ ހެލްތު މިނިސްޓްރީގެ ޕްރޮޓޯކޯލާވެސް ހިލާފު ކަމެކެވެ. އޭގެ ބަދަލުގައި ބޮލްސޮނާރޯ ހިޔާރުކުރެއްވީ ޖެޓް ސްކީއެއްގައި ގޮސް ފްލޯޓިން ބާބެކިއުއްގައި ބައިވެރިވުމަށެެވެ. " 70 ޕަސެންޓް މީހުންނަށް ބަލިޖެހޭނެ. އޭގައި ކުރެވޭނެ ކަމެއް ނެތް. އެއީ މޮޔަކަމެއް" ބާބެކިއުގައި ބައިވެރިވެ ރައީސް ވިދާޅުވިއެވެ. ބާބެިކިއުއެއްގައި އެމަނިކުފާނު ބައިވެރިވިއިރު ކޮވިޑްގައި މަރުވި މީހުންގެ އަދަދު 10،000 އިން މައްޗަށް ވަނީ އަރައިފައެެވެ. އަދި 150،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ބަލި ޖެހިފައެވެ. ބޮލްސޮނާރޯ ވިދާޅުވާ ގޮތުގައި ކޮވިޑް-19 އަކީ މާބޮޑު ބައްޔެއް ނޫނެވެ. ބިރެއްނެތި އަމަނިކުފާނު މިހާރުވެސް އެކި ތަންތަނަށް ވަޑައިގެން ސަލާމް ކުރައްވައެެވެ. ބްރެޒިލްގެ ރައީސްއާ ހިޔާލު ތަފާތުވެ ހެލްތު މިނިސްޓަރުވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެެ. އެމަނިކުފާނު ފްރޮންޓްލައިންގައި މަސައްކަތް ކުރައްވާ ސްޓާފުންނާއި ބައްދަލުނުކުރައްވާއިރު އެއްވެސް ހޮސްޕިޓަލަަކަށް ޒިޔާރަތް ނުކުރައްވައެވެ. އަދި ބަލީގައި މަރުވި އެއްވެސް މީހެއްގެ އާއިލާއާއެކު ބައްދަލުކުރައްވާފައެއް ނުވެއެވެެ. ގާޑިއަން
ހާލަތު ގޯސްވާއިރު، ބްރެޒިލްގެ ރައީސް ބިރެއް ނެތި މަޖާކުރަނީ
ކޮވިޑް-19 ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުންގެ ސާމްޕަލްތައް ނެގުމުގައި ބައެއް ފަހަރު ލަސްވާކަން ގަބޫލު ކުރާ ކަމަށާއި، އެކަން ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަަން ސެންޓަރު (އެންއީއޯސީ)އިން ބުނެފިއެވެ. ރާއްޖެއިން ކޮވިޑް-19 ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެންޓުންގެ ސާމްޕަލްތައް ނަގަން އަންނާނެ ކަމަށް ބުނެފައި، ކަމާ ބެހޭ ފަރާތްތަކުން ސާމްޕަލް ނަގަން ނައިސް ގިނަ ދުވަސްތަކެއްވާ ކަމުގެ ޝަކުވާ ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ ބައެއް މީހުން ކުރެއެވެ. އެކަމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީވް ވިދާޅުވީ، ސާމްޕަލް ނެގުމުގައި ލަސްތަކެއް އުޅޭކަން އެންއީއޯސީއިން ގަބޫލުކުރާ ކަމަށެވެ. "ބައެއް ފަހަރު ލަސްތައް އެބަ ހުރި އާދައާ ހިލާފަށް. އެކަންތައްތައް އަޅުގަނޑުމެން ބަލައިގަންނަން އަޅުގަނޑުމެންގެ ފަރާތުން ރަނގަޅު ކުރަން ޖެހޭ ކަމެއްގެ ގޮތުގައި. އެ މަސައްކަތް އެބަ ކުރޭ،" މަބްރޫކު ވިދާޅުވިއެވެ. އޭނާ ފާހަގަ ކުރެއްވީ، ސާމްޕަލްތައް ނަގާއިރު، ޑައިރެކްޓު ކޮންޓެކްޓުންނާއި، ޑައިރެކްޓު ކޮންޓެކްޓުންގެ ތެރެއިން ބަލީގެ އަލާމާތްތައް ފެންނަ މީހުންގެ ސާމްޕަލް ނަގަން މިހާރު އިސްކަންދޭ ކަމެވެ. "މިހާރު މިކަމުގެ އުސޫލު އޮތް ގޮތަކީ ޑައިރެކްޓު ކޮންޓެކްޓަށްވާ އެންމެންގެ ސާމްޕަލްތައް އެބަ ޖެހޭ ނަގަން. މިގޮތަށް ނަގާއިރުގައި ސިމްޕްޓޮމެޓިކްވާ މީހުން ޕްރައޯރަޓައިޒްކޮށްގެން ކުރިއަށްދާން ޖެހެނީ،" މަބްރޫކު ވިދާޅުވިއެވެ. ރެޕިޑް ރެސްޕޮންސް ޓީމުތައް ވަރުގަދަވެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށް އިތުރު މީހުން ލިބެމުންދާކަން މަބްރޫކު ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ސާމްޕަލް ނެގުމުގެ ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. "އެއްވެސް ހާލެއްގައި އެ ބޭފުޅުންގެ [ރެޕިޑް ރެސްޕޮންސް ޓީމްތަކުގެ] ފަރުވާކުޑަކަމަކުން ނޫން. މި ކަމުގެ ބޮޑުކަމުން ދުވަސް އިތުރު ވަނީ ބައެއް ސާމްޕަލްތައް ނެގުމުގައި. އެކަމަކު އެކަމަކީ ރަނގަޅު ކުރަން ޖެހޭ ކަމެއް. އެކަން ރަނގަޅު ކުރުމުގެ މަސައްކަތް އެންއީއޯސީގެ ފަރާތުން ކުރަމުން ދަނީ،" މަބްރޫކު ވިދާޅުވިއެވެ. ސާމްޕަލް ނުނެގި ކިތަންމެ ލަސް ވިޔަސް، ސާމްޕަލް ނެގެންދެން ގެއިން ބޭރަށް ނުނުކުމެ ތިބެން މިރޭ ޑރ. އިބްރާހިމް އަފްޒަލް އެދިވަޑައިގަތެވެ. އެއީ ކޮންޓެކްޓުވެފައިވާ މީހަކު ބޭރަށް ނުކުމެއްޖެ ނަމަ އަނެއްކާވެސް ކޮންޓެކްޓް ޓްރޭސިންއަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.
ބައެއް ފަހަރު ސާމްޕަލް ނަގަން ނުދެވި ލަސްވޭ، އެކަން ރަނގަޅު ކުރާނަން: އެންއީއޯސީ
މޮސްކޯ (މެއި 12): ރަޝިއާގެ ހޮސްޕިޓަލެއްގެ އިންޓެންސިވް ކެޔާ ޔުނިޓުގައި މިއަދު ރޯވެ، ކޮވިޑް-19 ބަލި ޖެހިފައިވާ ފަސް މީހަކު މަރުވެއްޖެ އެވެ. ރަޝިއާގެ ސެއިންޓް ޕީޓާސްބާގްގައި ހުރި ސެއިންޓް ޖޯޖް ހޮސްޕިޓަލުގެ އައިސީޔޫގައި ރޯވީ ވެންޓިލޭޓަރެއް ޝޯޓުވުމުން ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓު ކުރި އެވެ. އަދި މަރުވި ފަސް މީހުންނަކީވެސް ވެންޓިލޭޓަރާ ގުޅާފައި ތިބި މީހުން ކަމަށް ނޫސްތަކުގައިވެ އެވެ. "މިހާރު ލަފާ ކުރެވޭ ގޮތުގައި ވެންޓިލޭޓަރު އޯވާލޯޑުވެ، އަލިފާން ރޯވީ،" ސެއިންޓް ޕީޓާސްބާގްގެ އެމާޖެންސީސް ޑިޕާޓްމެންޓުގެ އޮފިޝަލަކު ވިދާޅުވި ކަމަށް އިންޓަފެކްސް ނޫސް އޭޖެންސީން ރިޕޯޓު ކުރި އެވެ. ރަޝިއާގެ އެމާޖެންސީ މިނިސްޓްރީން ވަނީ އެ ހާދިސާއާ ގުޅިގެން ސެއިންޓް ޖޯޖް ހޮސްޕިޓަލުގައި ތިބި 150 ވަރަކަށް ބަލި މީހުން ނެރެ، އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް ބުނެފަ އެވެ. ރަޝިއާގައި ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާދޭ ހޮސްޕިޓަލެއްގައި މިދިޔަ ހޮނިހިރު ދުވަހުވެސް އަލިފާނުގެ ހާދިސާއެއް ހިނގައި، އެކަކު ވަނީ މަރުވެފަ އެވެ. އެގައުމުގައި އެ ހާދިސާތައް ހިނގާފައި ވަނީ ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތައް ލުއި ކުރަން ނިންމާފައިވާކަން އިއްޔެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވި ފަހުންނެވެ. އެގޮތުން އެގައުމުގައި އިމާރާތް ކުރުމާއި ދަނޑުވެރިކަމާއި ފެކްޓަރީތަކުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް އިއްޔެވެސް ރަޝިއާއިން ވަނީ އެގައުމުން ރެކޯޑު މިންވަރަކަށް މީހުން ވައިރަހަށް ޕޮޒިޓިވްވި ކަމަށް ރިޕޯޓުކޮށްފަ އެވެ. އަދި އެގައުމަކީ މިހާރު ދުނިޔޭގައި ވައިރަހުގެ ކޭސްތައް ދެވަނައަށް އެންމެ ގިނަ ގައުމެވެ. ރަޝިއާގެ ކޮރޯނާވައިރަހުގެ ކޭސްތައް މިހާރު 232،000އަށް އަރާ، ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 2،100އަށް ވުރެ އިތުރުވެފަ އެވެ.
ރަޝިއާގެ ހޮސްޕިޓަލެއްގައި ރޯވެ، ކޮވިޑް ބަލީގެ ފަސް މީހަކު މަރުވެއްޖެ
ދެމަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ޖަރުމަނުގެ ބުންޑެސްލީގާގެ ކުޅުން ފަށާފައިވާ އިރު، އެފްސީ ޔޫނިއަން ބާލިން ބަލިކޮށް ބަޔާން މިއުނިކުން އެއްވަނައިގައި ލީޑު ފުޅާ ކޮށްފި އެވެ. ރަށުން ބޭރުގައި މިރޭ ކުޅުނު މެޗުން ބަޔާން ކުރި ހޯދީ 0-2 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ބަޔާން ތާވަލުގެ އެއްވަނައިގައި އޮތީ 26 މެޗު ކުލެގެން ލިބުނު 58 ޕޮއިންޓާ އެކުގަ އެވެ. ދެވަނައިގައި އޮތް ބްރޮޝިއާ ޑޮޓްމަންޑަށް 54 ޕޮއިންޓް ލިބިފައިވާ އިރު ތިންވަނައިފައި އޮތް ބްރޮޝިއާ މޮންގްލަބަޝްއަށް ލިބެނީ 52 ޕޮއިންޓް އެވެ. ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެކު ޔޫރޮޕް ފުޓުބޯޅަ މެދުކަނޑާލީ މިދިޔަ މާޗު މަހުގެ ކުރީކޮޅު އެވެ. އެއަށްފަހު ގައުމުތަކުގެ ލޮކްޑައުން މަހުން މަހަށް އިތުރުވަމުން ދިއުމާ ގުޅިގެން ބައެއް ގައުމުތަކުގެ ފުޓުބޯޅަ ސީޒަންތައް ވަނީ ކެންސަލް ކޮށްފަ އެވެ. އޭގެ ތެރޭގައި ފްރާންސްގެ ލީގާއި، ބެލްޖިއަމްގެ ލީގު އަދި ޑަޗް ލީގުގެ އިތުރުން އާޖެންޓީނާގެ ލީގު ވެސް ވަނީ ނިންމާލައިފަ އެވެ. ނަމަވެސް ސްޕެއިނާއި، އިޓަލީ އަދި އިނގިރޭސިވިލާތުގެ އިތުރުން ޖަރުމަނުން ފުޓުބޯޅަ ސީޒަން ކުރިއަށް ގެންދާނެ ކަން މީގެ ކުރިން އިއުލާން ކޮށްފައިވާ އިރު އެންމެ ފުރަތަމަ ލީގު ފެށީ ޖަރުމަނުންނެވެ. އެގޮތުން ރޭ ބުންޑެސްލީގާގެ ހަ މެޗު ރޭ ކުޅެފައިވާ އިރު މިރޭ ވެސް ވަނީ ދެ މެޗު ކުޅެފަ އެވެ. ސަޕޯޓަރުން ދަނޑަށް ނުވައްދާ މިރޭ ކުޅުނު މެޗުގައި ބަޔާން މިއުނިކުން ފުރަތަމަ ހާފުގައި ލީޑު ނެގީ ރޮބާޓ ލެވަންޑޮސްކީ ގެ ގޯލުންނެވެ. މެޗުގެ 40 ވަނަ މިނަޓުގައި ލިބުނު ޕެނަލްޓީއަ އެކު ލެވަންޑޮސްކީ ވައްދާލި ގޯލާ އެކު އޭނާ ވަނީ މި ސީޒަނުގެ 40 ވަނަ ގޯލު ހަމަކޮށްފަ އެވެ. މިއީ 40 އަށް ވުރެން ގިނަ ގޯލު އޭނާ ޖެހި ފަސްވަނަ ސީޒަނެވެ. ދެވަނަ ހާފުގެ 81 ވަނަ މިނަޓުގައި ބަޔާންއަށް ލީޑު ފުޅާކޮށްދިނީ އެ ޓީމުގެ ފުލްބެކް ބެންޖަމިން ޕަވާޑް އެވެ. ބަޔާން މިއުނުކުން އަންނަ މެޗުގައި ބައްދަލު ކުރާނީ ތާވަލުގެ 13 ވަނައިގައި އޮޔތް އެއިންޓްރެކްޓް ފްރެންކްފާޓްއާ ދެކޮޅަށެވެ.
ބުންޑެސްލީގާ: ޔޫނިއަން ބާލިން ބަލިކޮށް ބަޔާން ލީޑު ފުޅާކޮށްދި
އެމްއެމްޕީއާރުސީގެެ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން ކުރީގެ ރައީސް އަދި އިދިކޮޅު ސިޔާސީ ލިޑަރު ރައީސް އަބްދުﷲ ޔާމީން އެކަނި ޖަލުގައި ބެހެއްޓުމަކީ އިންސާފެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ، ރައީސް ޔާމީން މިނިވަން ކުރުމަށް އިދިކޮޅުން ގޮވާލައިފި އެވެ. އެމްޑީޕީ ވަޓްސްއަޕް ގުރޫޕަކަށް، ރައީސް ނަޝީދުގެ އަތުލިޔުއްވުމުން ލިޔުއްވުމަށް ފަހު ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ އަމަލުފުޅުތަކާއި އަދި ހިޔާލުފުޅުތަކަށް އެ މަނިކުފާނު ތާއީދު ނުކުރައްވާ ކަމަށެވެ. ނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި "ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބޭންދުމުގެ މާ ބޮޑު އިންސާފެއް އަޅުގަނޑަކަށް ނުވިސްނޭ" ކަމަށެވެ. މި ކަމާ ގުޅިގެން އިދިކޮޅުން މިރޭ ނެރުނު ބަޔާނުގައި ބުނީ ރައީސް ޔާމީން ޖަލުގައި ހުންނަވަނީ އިންސާފުން ނޫންކަމަށާއި އެކަނިކުފާނަށް ކުރެވިފައިވާ ދައުވާއަކީ ސިޔާސީ އަދި ޒާތީ ދައުވާއެއްކަމަށް ދޭހަވާގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު އިއުތިރާފުވެ ވަޑައިގަތުމަކީ ރައީސް ޔާމީނު ޖަލައްލުމާ ގުޅޭ ގޮތުން އިދިކޮޅުން ފެށުނީއްސުރެ ދައްކަމުން ދިޔަ ވާހަކައަކީ ހަގީގަތެއްކަމަށް ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީ އިންވެސް ގަބޫކު ކުރާކަން ދޭހަވާ ކަމެއް ކަމަށެވެ. އެ ބަޔާނުގައި އިދިކޮޅުން ވަނީ ރައީސް ޔާމީނަށް ނުހައްގުން ދެމުންދާ އަނިޔާތައް ހުއްޓާލައި މިނިވަންކުރުމަށް ގޮވާލައިފަ އެވެ. ރައީސް ނަޝީދު މިގޮތަށް ސަޕޯޓަރުންނަށް މެސެޖެއް ދޫކޮށްލެއްވީ، ރައީސް ޔާމީންގެ އުފަންދުވަހުގެ މުނާސަބަތުގައި އިދިކޮޅު ދެ ޕާޓީގެ ނައިބު ރައީސުން ކުރި ޓުވީޓްތައް ރީޓްވީޓް ކޮށްފައި ވަނިކޮށެވެ. އެތައް ބަޔަކަށް ހައިރާންކަން ގެނުވި އެ ރީޓްވީޓްތަކުގައި ރައީސް ޔާމީން ސިޔާސަތުތަކަށް ވެސް ތާއީދުކޮށްފައިވެ އެވެ. ރައިސް ނަޝީދު ރީޓްވީޓްކޮށްފައި ވަނީ، ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝީޔާމް ކުރެއްވި ޓްވީޓަކާއި ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ޓްވީޓްތަކެވެ. އެމްއެމްޕީއާރުސީގެ 3.2 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން މިހާތަނަށް ދައުވާއެއްކޮށް ހުކުމްކޮށް ޖަލުގައި އޮތީ ރައީސް ޔާމީން އެކަންޏެވެ. އެމަނިކުފާނު ހުކުމްކޮށްފައިވަނީ، އެމްއެމްޕީއާރްސީގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށެވެ. އެއީ ކޯޓުތަކަށް ނުފޫޒުފޯރުވައިގެން ކުރި ސިޔާސީ ހުކުމެއް ކަަމަށް އިދިކޮޅުން ބުނެއެވެ. މިހާރު އެ ހުކުމް އޮތީ ހައިކޯޓުގެ އިސްތިއުނާފު މަރުހަލާގަ އެވެ. އެކަމަކު އިސްތިއުނާފެއް ނުހިނގަ އެވެ. ދައުލަތުގެ ހަޒާނާއިން ގެއްލުނު ފައިސާތައް ހޯދުމަށާއި ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މީހުންނާއި މަރާލި މީހުންގެ މައްސަލަތައް ބެލުމަކީ މި ސަރުކާރުގެ އެންމެ ބޮޑު ރިޔާސީ ވައުދެވެ. އެކަންކަން ކުރުމަށް ގާނޫނުން ބާރުތައް ދީ، ދެ ރިޔާސީ ކޮމިޝަނެއް އުފެއްދެވި އެވެ. ނަމަވެސް ސަރުކާރަށް ދޮޅު އަހަރުވީއިރު، އެކޮމިޝަންތަކުގެ މާބޮޑު ނަތީޖާއެއް ނުފެނެ އެވެ.
ނަޝީދުގެ ވާހަކަފުޅާއެކު ޔާމީން ދޫކޮށްލަން އިދިކޮޅުން ގޮވާލައިފި
ކޮވިޑް-19 ޖެހިފައިވާ ޓޫރިސްޓުން ފެނުނު ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގައި ތިބި އެންމެން ޓެސްޓް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް ޓެސްޓް ކުރި 173 މީހަކު އެ ބައްޔަށް ނެގެޓިވްވެފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ. ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް19 ގެ ކޭސް އެއް ފެނުނީ ކުރެއްދޫ ރިސޯޓުންނެވެ. އެ ރިސޯޓުގަައި ހުރި ފަތުރުވެރިޔަކު އަނބުރާ ގައުމަށް ދިޔަ ފަހުން ބައްޔަށް ޕޮޒިޓިވްކަން އެނގުމާއެކު އެ ރިސޯޓުގެ އެލާޓް ލެވަލް އޮރެންޖަށް މަތިކޮށް، ރިސޯޓު ލޮކްޑައުން ކުރިއެވެ. ކުރެއްދޫ އަކީ އިމްޕޯޓް ކޭސް އަކުން ލޯކަލް ޓްރާންސްމިޝަން އަކަށް ދިޔަ ރަށަކަށް ވުމުން، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެ ރިސޯޓުގައި ތިބި ހުރިހާ މުވައްޒަފުން ކޮވިޑް19 އަށް ޓެސްޓުކުރަން ނިންމާފައިވާކަން ސަރުކާރުން ހާމަކުރީ މި މަހުގެ 12 ވަނަ ދުވަހުއެވެ. މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިހާރު ރިސޯޓުގައި ތިބި ހުރިހާ ސްޓާފުންގެ ސާމްޕަލް ނަގާ ނިމިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 173 ސާމްޕަލެއްގެ ނަތީޖާ ލިބިފައިވާ ކަމަށާއި، އެ ހުރިހާ ސާމަޕަލެއް ވެސް ނެގެޓިވް ކަމަށެެވެ. އަދި ބާކީހުރި ސާމްޕަލްތައް ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ބަލި ފެނުމާއެކު އެ ރިސޯޓުން މީހުން ފޭބުން މަނާކޮށްފައި އޮންނަތާ މިހާރު 50 އަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެ ރިސޯޓުން ފަސް މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.
ކުރެއްދޫން މިހާތަނަށް ޓެސްޓް ކުރި 173 މީހަކު ނެގެޓިވް ވެއްޖެ
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގަވައިދުން ދެއްވަމުންދާ ނިއުސް ބްރީފިން ދިނުން ހުއްޓާލަފާނެކަމުގެ އިޝާރާތެއް އެމަނިކުފާނު ދެއްވައިފި އެވެ. އެމެރިކާގެ ރައީސް ކޯފާވެ އިއްޔެ ނިއުސް ބްރީފިންގައި ވެސް ބައިވެރިވެލައްވައެއް ނުލައްވައެވެ. އެކަމާ ގުޅޭ ގޮތުން ޓްރަމްޕް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނިއުސް ބްރީފިންތަކުގައި ބައިވެރިވެލެއްވުމުގެ ބޭނުމެއް ނެތް ކަމަށެެވެ. އަދި އެފަދަ ޕްރެސް ކޮންފަރެންސްތަކުގައި ނޫސްވެރިން އޭނާއާ ޖައްސާލައި ދޭ ޖަވާބުތައް އޮޅުވާލައިގެން މީޑިއާގައި ރިޕޯޓްކުރާކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ޓްރަމްޕްގެ ކެމްޕެއިން އެޑްވައިޒަރުން ވެސް މިހާރު ވަނީ އެ ޕްރެސްތަކުގައި ބައިވެރިނުވުމަށް ބާރު އަޅަމުންނެވެ. އަދި އެ ޕްރެސްތަކުގެ ސަބަބުން ކުރިއަށް އޮތް ރިޔާސީ ކެމްޕޭންއަށް ހުރަސް އެޅެމުންދާކަމަށް ވެސް އެޑްވައިޒަރުން ވަނީ ލަފާދެއްވަމުންނެވެ. ޓްރަމްޕް މީގެ ކުރިން ޕްރެސްތަކުގައި ވިދާޅުވީ އިރުގެ ދޯދިތަކުން ކޮރޯނާ ވައިރަސް މަރުވާ ކަމަށާއި އަދި މެެލޭރިއާއަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބޭހުން ކޮރޯނާއަށް ފަރުވާ ކުރެވިދާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މެޑިކަލް އެކްސްޕާޓުން ވަނީ އެއީ ހަގީގަތެއް ނެތް ކަމަށް ބުނެފަ އެވެ. އެއާއެކު އެތައް ބަޔަކު ދަނީ ޓްރަމްޕްއަށް މަލާމާތް ވެސް ކުރަމުންނެވެ. އެއް ނިއުސްބްރީފިންއެއްގައި ޑިސްއިންފެކްޓެންޓެއް އިންޖެކްޓް ކުރުމަށް ޓްރަމްޕް ވިދާޅުވި މައްސަލަވެސް ވަރަށް ބޮޑަށް ހޫނުވި އެވެ. ނަމަވެސް ފަހުން ޓްރަމްޕް ވިދާޅުވީ އެއީ ސަމާސާއަކަށް ދެއްކެވި ވާހަކައެއް ކަަމަށެވެ. މިދިޔަ ހުކުރު ދުވަހު ބޭއްވި ނިއުސްބްރީފިންގައި ވެސް ޓްރަމްޕް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ނުދެއްވައި ޕްރެސް ވަނި ކުރުކޮށްލައްވައިފަ އެވެ. ކޮރޯނާ ވައިރަސްއާއެކު އެމެރިކާގެ 26 މިލިއަނެއްހާ މީހުންގެ ވަޒީފާ ގެއްލިފައިވާއިރު ޓްރަމްޕް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ލޮކްޑައުންއިން ގައުމު ހުޅުވާލުމަށެވެ. މައުލޫމާތު: ގާޑިއަން
ޓްރަމްޕް ކޯފާވެ، ކޮރޯނާއާ ގުޅޭ ނިއުސްބްރީފިން ދެން ނުދެއްވާނެކަމުގެ އިޝާރާތެއް ދެއްވައިފި
ކޮވިޑް-19 ގެ ސަބަބުން އިންޑިއާގައި އިއުލާންކުރެވިފައިވާ ލޮކްޑައުންގެ މުއްދަތު ދެ ހަފްތާއަށް އިތުރު ކުރުމަށް އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ. އިންޑިއާގައި ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 90،000އަށް ވުރެ މަތީގައި އުޅޭއިރު ބަލީގެ ސަބަބުން އެގައުމުގައި 2،869 މީހަކު ވަނީ މަރުވެފަ އެވެ. އެގައުމުގައި ލޮކްޑައުންގެ ހާލަތު އެންމެ ފުރަތަމަ އިއުލާންކުރެވިފައިވަނީ މާޗް 24 ވަނަ ދުވަހު އެވެ. ލޮކްޑައުންގެ މުއްދަތު އިތުރުކުރުމަށް ކުރި އިއުލާނުގައި އެގައުމުގެ ޑިޒާސްޓާ ރެސްޕޮންސް އޮތޯރިޓީއިން ވަނީ ނިންމުމާއެކު އިގްތިސާދީ ހަރަކާތްތައް ފެށުމުގެ މުހިންމުކަމަށް ވިސްނައި އާ ގައިޑްލައިންތަކެއް އެގައުމުގައި ޝާއިއުކުރާނެ ކަމަށް ބުނެފައެވެ. ބައެއް ކަހަލަ ޚިދުމަތްތައް ވަކި ސަރަހައްދުތަކެއްގައި ދިނުމަށް މިހާރު އިންޑިޔާގެ ސަރުކާރުން ލުއިތަކެއް ދީފައިވީނަމަވެސް އަދިވެސް ގިނަ އިގްތިސާދީ ހަރަކާތްތަކާއި އާންމު ދިރިއުޅުމުގެ ކަންކަން އެގައުމުގައި އޮތީ މަޑުޖައްސާލެވިފަ އެވެ. އިންޑިއާގައި ބައެއްގެ ޓެމްޕަރޭޗާ ބަލަނީ-- އިންޑިއާގައި ކޮވިޑް-19ގެ ކޭސްތައް އެންމެ ގިނައިން ފެނިފައިވާ ސަރަހައްދުތަކުގައި މިފަދަ ލުއިތައް އަދި ދެވިފައިނުވާ އިރު މި ސަރަހައްދުތަކުގެ ތެރޭގައި އެގައުމުގެ އެންމެ ބޮޑެތި އަދި މައި ސިޓީތައް ހިމެނެއެވެ. ސަރުކާރުން ދޫ ދީފައިވާ ބައެއް ޚިދުމަތްތަކުގެ ތެރޭގައި ރެސްޓޯރެންޓް އަދި ކެފޭތަކުން ޓެކްއަވޭ ޚިދުމަތް، އަމިއްލަ އުޅަނދުތަކުގައި ދަތުރުކުރުން އަދި ކުލީ އުޅަނދުފަހަރު އޮޕަރޭޓްކުރުމަށް އެގައުމުގައި ވަނީ ހުއްދަ ދެވިފަ އެވެ. މީގެ އިތުރުންވެސް ކުޅިވަރުގެ ހަރަކާތްތައް ސަޕޯޓަރުން ނުވައްދައި ކުރިޔަށް ގެންދިޔުމަށްވެސް އެގައުމުގެ ސަރުކާރުން ވަނީ ހުއްދަ ދީފައެވެ. ދަނޑުވެރިކަމުގެ މަަސައްކަތް އަދި އެ ދާއިރާއާއި ގުޅުންހުރި ވިޔަފާރިތައް އޮޕަރޭޓްކުރުމުގައިވެސް އެގައުމުގެ ސަރުކާރުން ވަނީ ލުއިތަކެއް ދީފަ އެވެ. އެހެންނަމަވެސް ފްލައިޓް، ރޭލުގެ ޚިދުމަތް އޮޕަރޭޓްކުރުމުގެ އިތުރުން ރެސްޓޯރެންޓް، ކެފޭ، ސިނަމާ އަދި ޝޮޕިންގް ކޮމްޕްލެކްސްތައް ހުޅުވުމަށް ސަރުކާރުން އަދި ހުއްދަ ދީފައެއް ނުވެ އެވެ. އާބާދީގައި 1.3 ބިލިއަން މީހުން ހިމެނޭ އިންޑިޔާގައި މިއީ ލޮކްޑައުންގެ މުހުލަތު އިތުރުކުރި ހަތަރު ވަނަ ފަހަރެވެ. ލޮކްޑައުންގެ ސަބަބުން އިންޑިއާގައި އިގްތިސާދީ ހަރަކާތްތައް މުޅިންހެން ހުއްޓިފައިވާއިރު ބަލީގެ ސަބަބުން ވަޒީފާ ގެއްލުނު މީހުންގެ އަދަދު ވަނީ 120 މިލިއަނަށްވުރެ މައްޗަށް އަރައިފައެވެ.
އިންޑިއާގެ ލޮކްޑައުންގެ މުއްދަތު ދެ ހަފްތާއަށް އިތުރު ކުރުމަށް ނިންމައިފި
ކޮވިޑް-19އާ ގުޅިގެން ރައްޔިތުންގެ އަސާސީ ހައްގުތަކުގެ ހާލަތު ދެނެގަތުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މައުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެޗްއާރްސީއެމް އިން ވަނީ ކޮވިޑް-19 އާ ގުޅިގެން ހާލަތު މޮނިޓަރކުރުން ރައްޔިތުންގެ ހާލަތު ދެނެގަތުމަށް ގޫގުލް ފޯމެއް ތައާރަފްކޮށްފައެވެ. އެ ފޯމު މެދުވެރިކޮށް ވަޒީފާގެ ހާލަތާއި، ރަނގަޅު ކާނާ ފުދޭ މިންވަރަކަށް ލިބެންހުރުމާއި، ކާބޯތަކެތީގެ އަގު އުފުލުމާއި، ސާފު ފެން ލިބުމާއިި، ސިއްހީ ފަރުވާއާއި ދިރިއުޅޭ ތަނާއި ދިރިއުޅުމުގެ ހާލަތާއި، ތައުލީމާއި ޖިސްމާނީ، ނަފްސާނީ، ޖިންސީ، އިހުމާލު އަދި ގެވެށި އަނިޔާގެ މައްސަލަތަކާ ގުޅޭ މައުލޫމާތު އެޗްއާރްސީއެމް އިން ހޯދާނެއެވެ. އެ ފޯމުގައި ވަޒީފާގެ ހާލަތާއި، ލިބެންވާ މުއްދަތުގެ ތެރޭ މިމަހުގެ މުސާރަ ހަމައަށް ލިބިފައިވޭތޯ އާއި، ރޯދަ އިނާޔަތް ލިބިފައިވޭތޯ ފަދަ މައުލޫމާތު ހިމެނެއެވެ. މީގެ އިތުރުން ކޮވިޑް19 ގެ ސަބަބުން ވަޒީފާގެ ހާލަތަށް ބަދަލެއް އައިސްފައިވޭތޯ އާއި، މުސާރައާއި އިނާޔަތްތަކަށް ބަދަލެއް އައިސްފައި ވޭތޯއާއި މި ހާލަތުގައި ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު އޮތްތޯ ބެލުން ހިމެނެއެވެ. ހަމައެއާއެކު އާއިލާއަށް ފުދޭވަރަށް ކާބޯތަކެތި ލިބޭތޯއާއި، ގޭގައި މިވަގުތަށް ބޭނުންވާ ވަރަށް ކާބޯތަކެތި އެބަހުރިތޯ އާއި މިވަގުތަށް ހޯދަން ބޭނުންވާ ބާވަތުގެ ކާބޯތަކެތީގެ މައުުލޫމާތާއި މި ހާލަތުގައި ކާބޯތަކެތީގެ އަގު އުފުލިފައިވޭތޯ ވެސް އެޗްއާރްސީއެމް އިން ބަލާނެއެވެ. މީގެ އިތުރުން ފަންނީ ދާއިރާތަކުގައި މަސައްކަތްކުރާ ބިދޭސީން ފިޔަވައި އެހެން ބިދޭސީ މަސައްކަތްތެރިންނަށް ކާބޯތަކެތި ލިބުން ދަތިކަމަށް ފާހަގަކުރެވިފައިވޭތޯ ވެސް އެޗްއާރްސީއެމް އިން އަންނަނީ ބަލަމުންނެވެ. ރާއްޖެއިން މިހާތަނަށް 214 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވާއިރު، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. އަދި އެފަދަ ފަރާތްތަކަށް ސަރުކާރުން އަންނަނީ ވަގުތީ ބޯހިޔާވަހިކަމާއި، ކާބޯތަކެއްޗާއި އަދިވެސް އެހެނިހެން ޒަރޫރީ ތަކެތި ފޯރުކޮށްދީ، އެމީހުންގެ ކަންކަން ބަލަހައްޓަމުންނެވެ.
ކޮވިޑް19: ރައްޔިތުންގެ ހާލަތު ދެނެގަތުމަށް އެޗްއާރްސީއެމް އިން މައުލޫމާތު އެއްކުރަނީ
ޕެރިސް (12 މޭ 2020) : ކޮރޯނާ ވައިރަސް "ކޮވިޑް-19" ޖެހިގެން މަރުވާ ފަރަންސޭސިވިލާތުގެ މުސްލިމުން ވަޅުލެވޭނެ ގޮތެއްނެތިގެން އެމީހުންގެ ހަށިތައް ފްރިޖްތަކާއި މޯޗަރީ ތަކުގައި ބަހައްޓާފައިވާ ކަމަށް އެގައުމުގެ އިސްލާމީ ޖަމްއިއްޔާ އެއްކަމަށްވާ "ޖަމްއިއްޔަތުއް ތަހާރާ" އިން ބުނެފި އެވެ. އެޖަމްއިއްޔާގެ ރައީސް އަބްދުއްސަމަދު އަގްރާޝް ވިދާޅުވީ ފަރަންސޭސިވިލާތުގައި 35 ހާސް ގަބުރުސްތާނު ހުންނައިރު އޭގެތެރެއިން މުސްލިމުންނަށް ޚާއްސަކޮށްފައިވަނީ އެންމެ 600 ގަބުރުސްތާނު ކަމުގަ އެވެ. އޭގެތެރެއިން ގިނަ ގަބުރުސްތާންތައް މިހާރު ފުރިފައިވާއިރު މުސްލިމުން ވަޅުލާނެ ތަނެއް ނެތިގެން އައު ގަބުރުސްތާނު ތަކެއް ތައްޔާރު ކުރުމަށް ބިންދިނުމަށް ފަރަންސޭސި ސަރުކާރުގައި އެދިފައިވާ އެދުންތަކަށް އިޖާބަ ނުލިބޭކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަގްރާޝް ވިދާޅުވިގޮތުގައި ފަރަންސޭސި ރައްޔިތުންގެ ގޮތުގައި އުޅޭ މުސްލިމުން މަރުވުމުން އޭގެތެރެއިން ގާތްގަނޑަކަށް 89 އިންސައްތަ މީހުންގެ ހަށިތައް ސަންދޯކުގައި އެޅުމަށްފަހު ވައިގެ މަގުން ގެންދަނީ އެމީހުންގެ އަސްލު ގައުމުތަކަށެވެ. ފަރަންސޭސި މުސްލިމުންގެ ތެރެއިން ގާތްގަނޑަކަށް 60 އިންސައްތަ މީހުންނަކީ އެގައުމުގެ އަވަށްޓެރި އަރަބި ދެގައުމު ކަމަށްވާ އަލްޖަޒާއިރާއި ތޫނިސް ގެ ދަރިކޮޅުގެ މީހުންނެވެ. އެހެންކަމުން މުސްލިމުންގެ ގަބުރުސްތާންތައް ފުރިފައިވީނަމަވެސް އެކަން މިހާތަނަށް މާބޮޑު މައްސަލައަކަށް ވެފައެއް ނުވެ އެވެ. މިހާރު އެކަން މައްސަލައަކަށް ވެފައިވަނީ ކޮވިޑް-19 ޖެހިގެން ފަރަންސޭސިވިލާތުން ގިނަ ބަޔަކު މަރުވާއިރު އޭގެތެރޭގައި ގިނައަދަދެއްގެ މުސްލިމުންވެސް ހިމެނޭތީއާއި ގިނައަދަދަކަށް މުސްލިމުން މަރުވާ މިދަނޑިވަޅުގައި ވައިގެ ދަތުރުތައްވެސް ހުއްޓިފައިވާތީ މުސްލިމުންގެ ހަށިތައް އެމީހުންގެ އަސްލު ގައުމުތަކަށް ގެންދެވޭނެ ގޮތެއް ނެތުމުން ކަމަށް އަގްރާޝް ވިދާޅުވި އެވެ. ފަރަންސޭސިވިލާތަކީވެސް ޔޫރަޕްގެ އެހެން ގައުމުތަކެކޭ އެއްގޮތަށް އާބާދީގައި މުސްކުޅިންގެ ނިސްބަތް ވަރަށް ބޮޑުގައުމެކެވެ. ކޮވިޑް-19 ޖެހިގެން ފަރަންސޭސިވިލާތުގައި މިހާތަނަށް 26 ހާސް މީހުން މަރުވެފައިވާއިރު އެއީ އެރޯގާގައި މުޅި ދުނިޔެއަށް ބަލާއިރު 6 ވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވާ ގައުމެވެ. ފަރަންސޭސިވިލާތުގައި ކޮވިޑް-19 ޖެހިގެން މިއަހަރު ނިމުމުގެ ކުރިން ބައިލައްކަ އަށްވުރެ ގިނަ މީހުން މަރުވާނެކަމަށް އެގައުމުގެ ސިއްހަތާބެހޭ މާހިރުން އަންދާޒާ ކުރައްވަ އެވެ. ކޮވިޑް-19 ޖެހިގެން ފަރަންސޭސިވިލާތުގައި މިހާގިނައަދަދަކަށް މީހުން މަރުވެ މުސްކުޅި އާބާދީ ހަފުސްވަމުންދާއިރު މުސްލިމް ނޫން މީހުން ވަޅުލުމަށްވެސްވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ. ފަރަންސޭސިވިލާތުގެ މުސްލިމް އާބާދީއަކީ ގާތްގަނޑަކަށް 6.7 މިލިޔަން އެވެ. އެއީ ފަރަންސޭސި ޖުމްލަ އާބާދީ ގެ 8.8 އިންސައްތަ އެވެ. ފަރަންސޭސި މުސްލިމުންގެ ތެރެއިން ގާތްގަނޑަކަށް 60 އިންސައްތަ މީހުންނަކީ އަރަބިންނެވެ. ދެން އެންމެ ގިނައީ ތުރުކީ ދަރިކޮޅަށް ނިސްބަތްވާ މުސްލިމުންނެވެ. އެއީ ގާތްގަނޑަކަށް 15 އިންސައްތަ އެވެ. (ނޫސްއެޖެންސީތައް)
ކޮވިޑް-19ގައި މަރުވާ ފަރަންސޭސި މުސްލިމުން ވަޅުލެވޭނެ ގޮތެއްނެތިފައި
މިއަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު "މަލަންގް"ގެ ސީކުއަލެއް ހަދާނެ ކަމަށް ފިލްމުގެ ޑައިރެކްޓަރު މޯހިތު ސުރީ އިއުލާންކޮށްފައިވާއިރު އެ ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެންދާނީ ޝްރައްދާ ކަޕޫރު ކަމަށް ޚަބަރުތައް ބުނެފިއެވެ. މަލަންގް ގެ ފަހު މަންޒަރުގައި އަނިލް ކަޕޫރަށް ފޯނެއް އަންނަ މަންޒަރު ފެނިގެންދިޔައިރު އެ ފޯނުން ވާހަކަ ދެއްކީ އަންހެން ކުއްޖެކެވެ. އަދި ވާހަކަ ދެއްކި އަންހެން ކުއްޖާއަކީ ޝްރައްދާ ކަޕޫރުކަން ވަނީ ޔަގީންވެސް ވެފައެވެ. މި ސީނާއެކު ފިލްމުގެ ސީކުއަލުން ޝްރައްދާ ފެނުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވެއެވެ. ބައެއް ޚަބަރުތައް ބުނާގޮތުގައި މަލަންގް އެންމެ ފުރަތަމަ ހުށައެޅީ ޝްރައްދާއަށެވެ. ނަމަވެސް އޭނާގެ ބިޒީ ޝެޑިއުލްގެ ސަބަބުން އެ ފިލްމަށް ނޫނެކޭ ބުނުމުން ދިޝާ ޕާޓްނީ އާއި އަދިތްޔާ ރޯއި ކަޕޫރު ހަމަޖެއްސީއެވެ. މި ފިލްމަކީ އެދެތަރިން އެކުގައި ސްކްރީނުން ފެނިގެންދިޔަ ފުރަތަމަ ފިލްމުވެސްމެއެވެ. އަދި އެ ދެތަރިންގެ ކެމިސްޓްރީވެސް ގިނަ ބަޔަކަށް ވަނީ ކަމުގޮއްސައެވެ. "މަލަންގް 2" އިން އަދިތިޔާ ފެންނާނެކަން ކަށަވަރުވި ނަމަވެސް އެ ފިލްމުގައި ދިޝާ ފެނިގެންދާ ކަމެއް އަދި ކަށަވަރެއް ނޫނެވެ. މޯހިތު ސުރީ އާއެކު ޝްރައްދާ ވަނީ މީގެ ކުރިން ތިން ފިލްމެއް ކުޅެފައެވެ. އެއީ "އާޝިގީ 2"، "އޭކް ވިލަން" ގެ އިތުރުން "ހާފް ގާލްފްރެންޑް" އެވެ. މަލަންގް 2 އިން ޝްރައްދާ އާއި އަދިތްޔާ އެކުގައި ފެނިއްޖެނަމަ މި ފިލްމު ވެގެންދާނީ އެދެތަރިން އެކުގައި ފެނިގެންދާ ތިން ވަނަ ފިލްމަށެވެ. އަދިތްޔާ އާއި ޝްރައްދާ މީގެ ކުރިން ވަނީ ލޯބީގެ ގޮތުން ވެސް ގުޅިފައެވެ.
"މަލަންގް 2" އަށް ޝްރައްދާ
މާލޭ ސަރަހައްދުގެ ފުރަބަންދު އުވާލާނީ އެއްކުރަމުންދާ މައުލޫމާތަށް ބަލާފައި، ފެންނަމުންދާ ކޭސްތަކުގެ އަދަދު މަދުވާކަމަށްވާނަމަ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ. މިރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ފުރަބަންދު ނަގަން ނިންމާނީ ފެންނަ ޕޮޒިޓިވް ކޭސްތަކުގެ އަދަދުތައް މަދުވާ ކަމަށްވާނަމަ ކަމަށެވެ. "ޑެއިލީކޮށް އަޅުގަނޑުމެންނަށް ފެންނަ ނަމްބަރ އޮފް ކޭސެސް މަދުވަމުންދާކަމަށް ވިއްޔާ އޭގެއިން އަޅުގަނޑުމެންނަށް ނެގިދާނެ އެކައްޗަކީ އަޅުގަނޑުމެންގެ ކޮންޓެއިންމެންޓް މެޝާސްގެ އިފެކްޓިވްނެސް އެބަ ރަނގަޅުވޭ. މާނައަކީ ހުރިހާ ދިމާލަކުން ހަރަކާތްތެރިވާ މީހުންތައް މި ނަގާ ފިޔަވަޅުތައް އިފެކްޓިވްކޮށް އަޅުގަނޑުމެން ދޭ އިރުޝާދަށް އަމަލުކުރަން ފަށައިފިއޭ. އެހެން އަޅުގަނޑުމެންނަށް ފެންނަ ކަމަށްވިއްޔާ ދެން އެންއީއޯސީ ލެވެލްގައި ހައި ލެވެލްއެއްގައި ނިމިގެންދާނެ ޑިސިޝަނެއްތިއީ ލޮކްޑައުން ބަހައްްޓާނެތޯ ނޫނީ ހުޅުވާނީތޯ،" ޑރ. އަފްޒަލް ވިދާޅުވިއެވެ. ޑރ. އަފްޒަލް ވިދާޅުވީ، މިހާރު މި އޮތް 14 ދުވަހުގެ ފުރަބަންދުގެ މުއްދަތު ނިމިގެންދާއިރު، އެއްކުރެވިފައިވާ މައުލޫމާތުން ހާލަތު އަންދާޒާ ކުރަން ފަސޭހަވާނެ ކަމަށެވެ. އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް ނިންމުމެއް ނިންމަން ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "މިސާލަކަށް އަޅުގަނޑުމެން ޕްރިޑިކްޓު ކުރި ސާޖް އެއަށް ދެވިއްޖެ ކަމަށްވެއްޖެއްޔާ ދެން އެއާ ވިދިގެން ލޮކްޑައުންގެ މުއްދަތު އިތުރުވެސް ވެދާނެ. އެހެންނަމަވެސް، އެ ކޮންޓްރޯލްކޮށް އައިސްފި ކަމަށްވަންޏާ ނޫނީ އަޅުގަނޑުމެންގެ ޑޭޓާތަކުން ލިބޭ މިންވަރަކަށް ބަލާފައި އަޅުގަނޑުމެންގެ ޕްރޮޖެކްޝަންސް އަނެއްކާވެސް ރިވައިސް ކުރުންވެސް އެކަށީގެންވޭ،" ޑރ. އަފްޒަލް ވިދާޅުވިއެވެ. ލޮކްޑައުން ނިންމާލާއިރު، ލޮކްޑައުންގެ ފަހަަށް ކުރަން ޖެހޭ ކަންކަމަށް އެންއީއޯސީއާއި އާންމުން ތައްޔާރަށް ތިބުމުގެ މުހިންމުކަން ޑރ. އަފްޒަލް ފާހަގަކުރެއްވިއެވެ. އަދި ލޮކްޑައުންއަށް ލުޔެއް ދޭނީ އެއްފަހަރާތޯ ނޫނީ ވަކި މަރުހަލާތަކަކަށް ބަހާލައިގެންތޯވެސް މަޝްވަރާ ކުރުމަށް ފަހު އެންއީއޯސީއިން ނިންމަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. ފާއިތުވި 10 ދުވަހުގެ ކޭސްތަކަށް ބަލާއިރު، ކޭސްތައް ފެންނަމުން ދަނީ އެކި ވަރުވަރަށެވެ. 8 މެއި: 45 ކޭސް 9 މެއި: 47 ކޭސް 10 މެއި: 69 ކޭސް 11 މެއި: 37 ކޭސް 12 މެއި: 17 ކޭސް 13 މެއި: 55 ކޭސް 14 މެއި 25 ކޭސް 15 މެއި: 60 ކޭސް 16 މެއި: 23 17 މެއި: 12 މިހާރު ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 1090 އެވެ. އޭގެ ތެރެއިން އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. ބަންގްލަދޭޝްގެ 562 މީހުން ވައިރަހަށް ޕޮޒިޓިވްވެފައިވެއެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން ދިވެހީންގެ އަދަދަކީ 384 އެވެ. އޭގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ 104 މީހަކުވެސް ޕޮޒިޓިވްވެފައިވެއެވެ.
ފުރަބަންދު އުވާލާނީ ކޭސްތައް މަދުވަމުންދާނަމަ: ޑރ. އަފްޒަލް
މިއަދު ކޮވިޑަށް ޕޮޒިޓިވްވި ކޭސްތަކުގެ އަދަދު 73 އަށް އަރައިފިއެވެ. މިއީ ރާއްޖޭގައި ކޮމިޔުނިޓީ ސްޕްރެޑެއް ފެށުނު ފަހުން އެއް ދުވަސްތެރޭ އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވީ ދުވަހެވެ. ފާއިތުވި 12 ގަޑިއިރުގެ ތެރޭގައި ޖުމްލަ 50 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ހާމަކޮށްފައެވެ. މިރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ޕްރެސް ފެށުނު ފަހުން އިތުރު 23 ކޭސް ފެނިފައިވާ ކަމަށެވެ. އެއާއެކު ހަމައެކަނި މިއަދު ރާއްޖެއިން ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 73 އަށް އަރައިފައެވެ. އަދި މުޅި ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 214 އަށް ވަނީ އަރައިފައެވެ.ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 17 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޭސްތަކުގެ މައުލޫމާތު ދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ މިހާރު ވަރަށް ބޮޑެތި ކްލަސްޓާތައް އުފެދިފައިވާ ކަމަށެވެ. އެގޮތުން އެއް ކްލަސްޓާއަކުން 517 ކޮންޓެކްޓްސް ހޯދިފައިވާކަން ޑރ. ފާހަގަކުރެއްވިއެވެ. މީގެ އިތުރުން "އަމާޒު" ބޯޓާ ގުޅިގެން ވެސް ސާވެއިލެންސް މަސައްކަތާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވެސް ވަރަށް ބޮޑަށް ފުޅާވެފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. މިރޭގެ ޕްރެސްގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިހާތަނަށް 5948 ސާމްޕަލް އެއް ނަގާފައިވާ ކަމަށާއި، އޭގެ ތެރެއިން 5699 ސާމްޕަލްގެ ނަތީޖާ ނެގެޓިވް ވެފައިިވާ ކަމަށާއި ނަތީޖާ ނުލިބި ހުރީ 58 ސާމްޕަލް ކަމަށެވެ. ރާއްޖޭގައި ޕޮޒިޓިވްވެފައިވާ ކޭސްތަކާ ގުޅިގެން މިހާތަނަށް 2003 ކޮންޓެކްޓުން ހޯދިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި 253 ތަނެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ. އެއް ދުވަހެއްގައި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 73 އަށް އެރިއިރު، މާލެ ތެރެއަށް ކޮރޯނާވައިރަސް ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށް ބެލެވޭ ކަމަށާއި، އެހެންކަމުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ވީހާ އަވަހަކަށް ބަލި ހުރި މީހުން ދެނެގަތުމަށް ޓެސްޓު ހަދައި އެ މީހުން އެކަހެރިކުރަން ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އިއްޔެ ވަނީ ވިދާޅުވެފަ އެވެ. މިނިސްޓަރު އަމީން ވިދާޅުވީ، މާލޭގައި ބަލި ފެތުރިފައިވާ ބައެއް ސަރަހައްދުތައް މިހާރުވެސް ފާހަގަވެފައިވާ ކަމަށާއި މިހާރު ޓެސްޓު ކުރުމުގެ ކަންކަން އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސާވަޔަލަންސް ޓެސްޓްތަކެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ކޮވިޑްގެ 73 ކޭސްއެއް މިއަދު އެކަނި ފެނިއްޖެ
މިއަދު ކޮވިޑަށް ޕޮޒިޓިވްވި ކޭސްތަކުގެ އަދަދު 73 އަށް އަރައިފިއެވެ. މިއީ ރާއްޖޭގައި ކޮމިޔުނިޓީ ސްޕްރެޑެއް ފެށުނު ފަހުން އެއް ދުވަސްތެރޭ އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވީ ދުވަހެވެ. ފާއިތުވި 12 ގަޑިއިރުގެ ތެރޭގައި ޖުމްލަ 50 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ހާމަކޮށްފައެވެ. މިރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ޕްރެސް ފެށުނު ފަހުން އިތުރު 23 ކޭސް ފެނިފައިވާ ކަމަށެވެ. އެއާއެކު ހަމައެކަނި މިއަދު ރާއްޖެއިން ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 73 އަށް އަރައިފައެވެ. އަދި މުޅި ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 214 އަށް ވަނީ އަރައިފައެވެ.ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 17 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޭސްތަކުގެ މައުލޫމާތު ދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ މިހާރު ވަރަށް ބޮޑެތި ކްލަސްޓާތައް އުފެދިފައިވާ ކަމަށެވެ. އެގޮތުން އެއް ކްލަސްޓާއަކުން 517 ކޮންޓެކްޓްސް ހޯދިފައިވާކަން ޑރ. ފާހަގަކުރެއްވިއެވެ. މީގެ އިތުރުން "އަމާޒު" ބޯޓާ ގުޅިގެން ވެސް ސާވެއިލެންސް މަސައްކަތާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވެސް ވަރަށް ބޮޑަށް ފުޅާވެފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. މިރޭގެ ޕްރެސްގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިހާތަނަށް 5948 ސާމްޕަލް އެއް ނަގާފައިވާ ކަމަށާއި، އޭގެ ތެރެއިން 5699 ސާމްޕަލްގެ ނަތީޖާ ނެގެޓިވް ވެފައިިވާ ކަމަށާއި ނަތީޖާ ނުލިބި ހުރީ 58 ސާމްޕަލް ކަމަށެވެ. ރާއްޖޭގައި ޕޮޒިޓިވްވެފައިވާ ކޭސްތަކާ ގުޅިގެން މިހާތަނަށް 2003 ކޮންޓެކްޓުން ހޯދިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި 253 ތަނެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ. އެއް ދުވަހެއްގައި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 73 އަށް އެރިއިރު، މާލެ ތެރެއަށް ކޮރޯނާވައިރަސް ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށް ބެލެވޭ ކަމަށާއި، އެހެންކަމުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ވީހާ އަވަހަކަށް ބަލި ހުރި މީހުން ދެނެގަތުމަށް ޓެސްޓު ހަދައި އެ މީހުން އެކަހެރިކުރަން ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އިއްޔެ ވަނީ ވިދާޅުވެފަ އެވެ. މިނިސްޓަރު އަމީން ވިދާޅުވީ، މާލޭގައި ބަލި ފެތުރިފައިވާ ބައެއް ސަރަހައްދުތައް މިހާރުވެސް ފާހަގަވެފައިވާ ކަމަށާއި މިހާރު ޓެސްޓު ކުރުމުގެ ކަންކަން އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސާވަޔަލަންސް ޓެސްޓްތަކެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ކޮވިޑްގެ 73 ކޭސްއެއް މިއަދު އެކަނި ފެނިއްޖެ
އިންޑިއާގެ ބައެއް ސަރަހައްދުތަކުގެ ލޮކްޑައުން އިތުރަށް ދަންމާލުމާމެދު ވިސްނަން ފަށައިފިއެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން އިންޑިއާގެ ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފައިވާއިރު އަންނަ މަހުގެ ތިނަކާ ހަމައަށް ލޮކްޑައުން އޮންނާނެއެވެ. އިންޑިއާގެ މަހާރަޝްތާ ސްޓޭޓްގެ ސަރުކާރުގެ އޮފިޝަލަކާ ހަވާދީ އެގައުމުގެ ނޫހެއް ކަމަށްވާ އިންޑިއަންއެކްސްޕްރެސްއިން ބުނީ އިންޑިއާގެ ޕޫނޭ އަދި މުމްބާއީގެ ލޮކްޑައުން އަންނަ މަހުގެ 15 އާ ހަމައަށް ދަންމާލަފާނެ ކަމަށެވެ. އިންޑިއާގެ މަހާރަޝްތާ ސްޓޭޓުން އިއްޔެ އެކަނިވެސް 811 ކޭސް ފެނުނުއިރު ޖުމްލަ ކޭސްވަނީ 7682 އަށް އަރައިފައެވެ. އެ ސްޓޭޓްގެ މުމްބާއީން 5049 ކޭސް ފެނުނުއިރު ޕޫނޭއިން 1030 ކޭސް ވަނީ ފެނިފައެވެ. އެ ސްޓޭޓްއިން މަރުވި މީހުންގެ އަދަދު ވަނީ 300 އިން މައްޗަށް އަރައިފައެވެ. މުޅި އިންޑިއާއިން ކޮރޯނާ ޖެހުނު މީހުންގެ އަދަދު ވަނީ 26,917 އަށް އަރައިފައެވެ. ބަލި ފެތުރޭތީ "ކޮންޓެއިންމަންޓް" ޒޯންގެ ގޮތުގައި 700 ޒޯން ސަރަހައްދު މުމްބާއީގައި އެކަނިވެސް ވަނީ ފާހަގަކޮށްފައެވެ. ބަލި ފެތުރޭތީ ޕޫނޭއިން ވަނީ މާރުކޭޓް ސަރަހައްދުތައް އަންނަ މަހު ހަތަކާ ހަމައަށް ބަންދުކުރަންވެސް ނިންމައިފައެވެ. ލޮކްޑައުން އިތުރުކުރިޔަސް ރަށްފުށުގެ ހިސާބުތައް ހުޅުވާލަން ބޭނުންވާ ކަމަށް ސަރުކާރުން ބުނެއެވެ. ހާއްސަކޮށް އޮރެންޖް އަދި ގްރީން ޒޯންގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތައް ހިމެނެއެވެ. ބަލި ޖެހޭ މީހުންގެ އަދަދު ލޮކްޑައުންއާއެކު މަދުވި ނަމަވެސް އިގްތިސާދީ ހަރަކާތްތައްވެސް އިތުރުކުރަން ޖެހޭކަމަށް ސަރުކާރުން ބުނެއެވެ. މައުލޫމާތު: އިންޑިއަންއެކްސްޕްރެސް
އިންޑިއާގެ ބައެއް ސަރަހައްދުތަކުގެ ލޮކްޑައުން ދަންމާލަން ވިސްނަނީ
ކޮވިޑް 19 އިގެ ހާލަތާ ގުޅިގެން ވަޒީފާ ގެއްލި، މާލެ އައިސް ދިރިއުޅޭ ރަށަށް ނުދެވިފައި ތިބި މީހުން އެމީހުން މާލޭގައި ތިބޭ މުއްދަތުގައި ހޭދަވާ ހަރަދު ސަރުކާރުން ދިނުމަށް އެދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅި އިސްލާހު ފާހެއް ނުވި އެވެ. މެމްބަރު ޝިޔާމް އެގޮތަށް އިސްލާހު ހުށަހެޅުވީ ކޮވިޑް 19 އިގެ ހާލަތާއި ގުޅިގެން މަޖިލީހުން ދެކޭގޮތް ކަނޑައެޅުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ތައްޔާރު ކުރި ރިޕޯޓަށެވެ. އެ ރިޕޯޓަށް ޝިޔާމް ދެ އިސްލާހެއް ހުށަހެޅުއްވި އެވެ. އެއް އިސްލާހަކީ ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް ކޮވިޑް ރިސްކް އެލަވަންސްގެ ނަމުގައި ހާއްސަ އެލަވަންސެއް ދިނުމަށް އެދި ހުށަހެޅު އިސްލާހެވެ. ދެވަނަ އިސްލާހަކީ ކިވިޑްގެ ހާލަތާއި ގުޅިގެން ވަޒީފާ ގެއްލި އަދި ލޮކްޑައުންގެ ސަބަބުން މާލޭގައި ތާށިވެފައި ތިބި މީހުންނަށް އެމީހުން މާލޭގައި ތިބޭ މުއްދަތުގައި އެމީހުންގެ އަތުން ދާ ހަރަދު ސަރުކާރުން ދިނުމަށް އެދި ހުށަހެޅި އިސްލާހެކެވެ. އެ ދެ އިސްލާހުވެސް މަޖިލީހުން ފާހެއް ނުވި އެވެ. އިސްލާހު ބަލައިގަންނަން ވޯޓު ދިނީ 12 މެމްބަރުންނެވެ. ނުފެންނަ ކަމަށް 40 މެމްބަރުން ވޯޓު ދިނެވެ. މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ކޮވިޑާ ގުޅިގެން ދެކޭގޮތް ކަނޑައަޅައި ތައްޔާރު ކުރި ރިޕޯޓު ވަނީ މަޖިލީހުން ފާސްކޮށްފަ އެވެ. އެ ރިޕޯޓަކީ އިންސާނީ ހައްގާއި ކުޑަކުދިންނާއި އަންހެނުންގެ ހައްގުތަކަށް އިސްކަން ދިނުމަށް ރިއާޔަތް ތައްޔާރުކޮށްފައިވާ ތަފްސީލީ ރިޕޯޓެކެވެ. އެގޮތުން ކޮވިޑް 19 އިގެ މިހާރު އޮތް ހާލަތުގެ ކުއްޖެއްގެ މައިންބަފައިން ނުވަތަ ބެލެނިވެރިޔާ ކޮވިޑް 19 އަށް ޕޮސިޓިވްވެ، އެކުއްޖާއާ ހަވާލުވާނެ ފަރާތެއް ނެތް ކުޑަކުދިންނަށް ރައްކާތެރިކަން ދޭނެ އުސޫލުތަކާއި އިންތިޒާމުތައް ހަމަޖައްސަން އެ ރިޕޯޓުގައި ވަނީ ސަރުކާރަށް އިލްތިމާސް ކޮށްފަ އެވެ. ޕޮޒިޓިވްވާ މީހުންގެ ދަރިންނަށް ހިމާޔަތްދޭން އެދެފި އިތުރަށް ވިދާޅުވުމަށް އަދި ކޮވިޑް 19 އަށް ޕޮސިޓިވްވެ އައިސޮލޭޝަން ފެސިލިޓީގައި ބޭތިއްބޭ ކުދިންގެ މައިންބަފައިން ނުވަތަ ބެލެނިވެރިން ހާލު ދެރަވެ އެކުދިންނަށް އަޅާނުލެވޭ ފަދަ ގޮތެއް މެދުވެރިވެއްޖެ ނަމަ އެފަދަ ސެންޓަރުތަކުން އެ ކުދިންނާ މެދު އަމަލުކުރާނެ އުސޫލެއް އެލަވާލައި އެހާލަތަށް ތައްޔާރުވާން އިންތިޒާމުތައް ހަމަޖައްސަން ވެސް ވަނީ އެދިފަ އެވެ. "ކޮވިޑް 19 އަށް ޕޮސިޓިވްވާ ކުދިންނަށް ނަފްސާނީ އެހީތެރިކަން ދިނުމުގެ އުސޫލާއި އިންތިޒާމުތައް ހަމަޖެއްސުން." މަޖިލީހުން ފާސްކުރި ރިޕޯޓުގައި ހުށަހަޅާފައިވާ ހުށަހެޅި ހުށަހެޅުންތަކުގެ ތެރޭގައި ބުނެފައިވެ އެވެ. އޭގެ އިތުރުން ކޮވިޑް 19 އިގެ ސަބަބުން ވަޒީފާ ގެއްލިފައިވާ އަންހެނުންނަށް ދިމާވެފައިވާ މައްސަލަތަކަށް ކަމާގުޅޭ އިދާރާތަކުން އެންމެ އެކަށީގެންވާ ފިޔަވަޅެއް އެޅިފައިނުވާ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ވަޒީފާ ގެއްލުނު އަންހެނުން ހިމާޔަތް ކުރަން ފިޔަވަޅެއް ނޭޅޭ އިތުރަށް ވިދާޅުވުމަށް ރިޕޯޓުގައި ބުނެފައިވަނީ ކޮވިޑް 19 އިގެ ހާލަތާއި ގުޅިގެން އެތައް އަންހެނުންނެއް ވަނީ އާމްދަނީ ލިބޭނެ މަގު ބަންދުވެފައި ކަމަށެވެ. އެގޮތުން ބައެއް ކުންފުނިތަކުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި މުސާރަ ނުލިބޭ ގޮތަށް ޗުއްޓީއަށް ދާން ޖެހިފައިވުމުގެ އިތުރުން އަމިއްލަ މަސައްކަތްކޮށްގެން އާމްދަނީ ހޯދާ ފަރާތްތަކުގެ އާމްދަނީ ލިބުމުގެ ދޮރު ބަންދުވެފައި ވުމުގެ ސަބަބުން އެތައް އަންހެނުނަކަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. "މިގޮތުން އޭގެތެރެއިން ބައެއް އަންހެނުންނަކީ ކުއްޔަށް އުޅޭ ފަރާތްތަކަށް ވެފައި އާމްދަނީ ލިބުމުގެ ދޮރު ބަންދުވުމުގެ ސަބަބުން ކުލި ދެއްކޭނޭ ގޮތެއް ނެތި އަސާސީ ބޭނުންތައް ފުއްދޭނެ ގޮތެއް ނެތިފައި ތިބިކަން ކޮމިޓީއިން ފާހަގަކުރަން." ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވެ އެވެ. އެޗްއާރުސީއެމް ޒިންމާ އަދާނުކުރާކަމުގެ ތުހުމަތު އިތުރަށް ވިދާޅުވުމަށް
ވަޒީފާ ގެއްލި މާލޭގައި ތާށިވެފައި ތިބި މީހުންނަށް ހަރަދުދޭން މަޖިލީހުން ފާހެއް ނުވި
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ފެމެލީ ކޯޓުން 32 ކައިވެނި ކޮށްދީފައިވާ ކަމަށް އެ ކޯޓުން ބުނެފިއެވެ. ކޮވިޑް-19 ވައިރަސް ފެތުރި މާލޭ ސަރަހައްދު ލޮކްޑައުންކޮށްފައިވާއިރު، އެފަދަ ހާލަތެއްގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށްދޭނެ އުސޫލެއް މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ފެމިލީ ކޯޓުން ވަނީ އެކުލަވާލައިފައެވެ. އެ އުސޫލުގެ ދަށުން އެންމެ ފުރަތަމަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެންޏެއް ކޮށްދީފައި ވަނީ މި މަހުގެ ހަ ވަނަ ދުވަހުއެވެ. އެއީ މީގެ ކުރިން ރޫޅިފައިވާ ކައިވެންޏެއް ރުޖޫއަކޮށް ކުރި ކައިވެންޏެކެވެ. އެ ކައިވެނި ވެގެންގޮސްފައި ވަނީ ރާއްޖޭގެ ތާރީހުގައި ވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރި ފުރަތަމަ ކައިވެންޏަށެވެ. ފެމިލީ ކޯޓުގެ ރަޖިސްޓްރާ އަހުމަދު ނަޝީދު "ސަން"އަށް ވިދާޅުވީ، ބުރާސްފަތި ދުވަހުގެ ނިޔަލަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް 32 ކައިވެންޏެއް ކޮށްދީފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި ކުރުމާ ބެހޭ އުސޫލުގައިވާ ގޮތުން ކައިވެނިވާ ދެފަރާތުންނާއި ވަލީވެރިޔާއާއި ހެކިވެރިން ސޮއިކުރުމަށްފަހު ކޯޓުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް އިގްރާރު ކޯޓަށް ފޮނުވަންޖެހޭނެއެވެ. އެ އުސޫލުގައިވާގޮތުން ކައިވެނީގެ މަޖްލީހަށް ކޮންމެހެން ހާޒިރުވާންޖެހޭ ފަރާތްތައް ހާޒިރުވެ ތިބިކަން ކައިވެނިކޮށްދޭ ޝަރުއީ މައުޒޫނު ކަށަވަރު ކުރަންވާނެއެވެ. އެގޮތުން، ކައިވެނީގެ މަޖްލީހަށް ކޮންމެހެން ހާޒިރުވާންޖެހޭ ފަރާތްތައް ހާޒިރުވެ ތިބިކަން ލިޔެކިޔުމުން ކަށަވަރުކުރަން ޖެހޭނެއެވެ. އެ އުސޫލުގައިވާގޮތުން ކައިވެނީގެ ހުތުބާ ކިޔައި، ކައިވެނީގެ އަގުދު ކޮށްދިނުމަށްފަހު، ކައިވެނިވާ ފިރިހެނާ "އަނބި ގަބޫލުކޮށްފީމޭ" ބުނާ އަޑު އަހައި، އެކަން ޝަރުއީ މައުޒޫނު ކަށަވަރުކުރަންޖެހޭނެއެވެ. ކައިވެނިވީ ދެފަރާތަށް މައުޒޫނު ހެޔޮދުއާ ކުރުމަށްފަހު، ދެ ހެކިވެރިންނާ ސުވާލުކޮށް، އެމަޖްލީހުގައި ހިނގައިދިޔަ ކަންކަން ދެހެކިވެރިންނަށް ސާފުވެފައިވާކަން ކަށަވަރު ކުރަންވާނެ ކަމަށް ވެސް އެ އުސޫލުގައިވެއެވެ. މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދެއްގައި ވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި ކުރުމުގެ އިންތިޒާމް ވަނީ ހަމަޖައްސައިފައެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް 32 ކައިވެނި ކޮށްދީފި
ރާއްޖެއިން އިންޑިއާއަށް ފުރި މަނަރުވަރުގައި ތިބި ތިން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާކަން މިހާރު ކަށަވަރުކުރެވިފައިވާ ކަމަށާއި އެ ތިން މީހުންނަކީވެސް ބައިސަން ކުންފުނީގެ މީހުން ކަމަށް އެންއީއޯސީގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ. މިހާތަނަށް އިންޑިއާއިން ދެ ފަހަރެއްގެ މަތިން މީހުން ގެންގޮސްފައިވެއެވެ. މަނަވަރުތަކުގައި ގެންދިޔަ އެ މީހުންގެ ތެރެއިން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވިކަން އެ ގައުމުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. މިރޭ ދަރުބާރުގޭ، އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، އިންޑިއާއަށް ދަތުރު ކުރި މީހުންގެ ތެރެއިން ތިން މީހަކު ޕޮޒިޓިވްވިކަން ޔަގީން ކުރެވިފައިވާ ކަމަށާއިި އިތުރު ބަޔަކު ޕޮޒިޓިވްވެފައިވާނަމަ އެކަންވެސް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ޔަގީން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. "އޮފިޝަލް ޗެނެލްތައް މެދުވެރިކޮށް މިހާރު އަޅުގަނޑުމެންނަށް އެބަ އެނގޭ ތިން ޕޮޒިޓިވް ކޭސްވާކަން. މި ތިން ކޭސްއަކީ، ބަސަން ކުންފުނީގައި މަސައްކަތްކުރި ބައެއް. ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ،" މަބްރޫކު ވިދާޅުވިއެވެ. މަބްރޫކު ވިދާޅުވީ، އެ ތިން މީހުން ފުރައިގެން ދިޔައީ ކޮން މަނަވަރެެއްގައި ކަމުގެ މައުލޫމާތު އަދި ނެތް ކަމަށެވެ. ކޮރޯނާ ވައިރަސް އާއެކު، އެކި ގައުމުތަކުގައި ތިބި އިންޑިއާ ރައްޔިތުން އެނބުރި ގައުމަށް ގެންދިޔުމުގެ ހާއްސަ، "ސަމުދުރާ ސެތޫ"ގެ ނަމުގައި އޮޕަރޭޝަނެއް އިންޑިއާ އިން ވަނީ ފަށައިފަ އެވެ. އޮޕަރޭޝަނުގެ ދަށުން ކަނޑުމަގުންނާއި ވައިގެ މަގުން އިންޑިއާ ރައްޔިތުން އެނބުރި ގައުމަށް ގެންދާނެ އެވެ. މިހާތަނަށް ރާއްޖޭގައި ތިބި އިންޑިއާގެ 1،300 އެއްހާ މީހަކު ވަނީ އެނބުރި ގައުމަށް ފުރައިފަ އެވެ.
އިންޑިއާގެ މަނަވަރުން ޕޮޒިޓިވްވި ތިން މިހުންނަކީ ބައިސަން ކުންފުނީގެ މީހުން: މަބްރޫކު
ފާއިތުވި ދެ ހަފްތާވެސް އިނގިރޭސިވިލާތުގައި ކޮރޯނާ ވައިރސް ނުވަތަ ކޮވިޑް-19 ފެތުރޭ މިންވަރު އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް އެގައުމުން ބުނެފިއެެވެ. އިނގިރޭސިވިލާތުން ބުނީ ފާއިތުވި ދެ ހަފްތާވެސް ކޮރޯނާގެ "އާރު ނަންބަރު" ނުވަތަ "ރިޕްރޮޑެކްޓިވް" ރޭޓް ހުރީ 0.7 އާއި އެކަކާ ދޭތެރޭ ހިފެހެއްޓިފައި ކަމަށެވެ. އާރު ނަންބަރަަކީ އެކެއްގެ ގައިން އަނެކަކަށް ކޮރޯނާ ވައިރަސް ފެތުރޭ އެވްރެޖް އަދަދެވެ. އާރު ނަންބަރު ދަށްނުވަނީ އަދިވެސް މީހުން ބަލަހައްޓާ ތަންތަނާއި ހޮސްޕިޓަލްތަކުގައި ބަލި ފެތުރޭތީކަމަށް ވަނީ ބެލެވިފައެވެ. އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން މީގެ ކުރިން ވިދާޅުވީ ބަލި ކޮންޓްރޯލްކޮށް މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދިނުމުގެ ގޮތުން އެންމެ ބޮޑަށް އިސްކަންދެނީ އާރު ނަންބަރު ދަށްކުރުމަށް ކަމަށެވެެ. އާރު ނަންބަރު މާ މައްޗަށް އަރައިފިނަމަ އޭގެ މާނައކީ މާބޮޑަށް އާބާދީގެ ތެރޭގައި ފެތުރުމެވެ. އޭގެ ބަދަލުގައި އެ އަދަދު އެކަކަށް ވުރެ ދަށްކޮށް ހުރުމުގެ މާނައަކީ ބަލި ފެތުރޭ މިންވަރު ދަށްވުމެވެ. ބޮޑުވަޒީރު ބޮރިސް މީގެ ކުރިން ވިދާޅުވީ އާރު ނަންބަރު މާ މައްޗަށް އަރައިފިނަމަ އަލުން ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށެވެ. " މިހާރު އަޅާ ފިޔަވަޅުތަކާއެކު އާރު ނަންބަރު އަލުން މައްޗަށް ނުދާގޮތަށް ބަލަން ޖެހޭ. އެހެން ނޫނީ ކުރިން ބަލި ފެތުރުނު ގޮތަށް ބަލި ފެތުރިދާނެ" ބޮރިސް ވިދާޅުވިއެވެ. އިނގިރޭސިވިލާތުގައި ކޮވިޑް ޖެހިފައިވާ 254،195 މީހަކު ފެނިފައިވާއިރު 36،393 މީހަކު ބަލީގައި ވަނީ މަރުވެފައެވެ. ގާޑިއަން
ކޮރޯނާވައިރަސް: ޔޫކޭގައި ބަލި ފެތުރޭ މިންވަރު ހިފެހެއްޓިއްޖެ
މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވަމުންދާ ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިންޑިއާއިން ފޮނުވި އެހީއަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށާއި އެ ގައުމުގެ ރައްޔިތުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޝުކުރު އަދާކުރައްވައިފިއެވެ. އިންޑިއާއިން ރާއްޖެއަށް ފޮނުވި 580 ޓަނުގެ ކާބޯތަކެއްޗާއެކު އެގައުމުގެ މަނަވަރު މިއަދު ހެނދުނު ވަނީ ރާއްޖެ އައިސްފައެވެ. އިންޑިއާގެ ކާބޯތަކެތީގެ އެހީ ރާއްޖެއަށް ލިބުމާ ގުޅިގެން، ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް19 ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވެފައިވާ ދަތި ހާލަތުގައި ވެސް ރާއްޖޭގެ ހަގީގީ އެކުވެރިއެއްގެ ގޮތުގައި އިންޑިއާ ސާބިތުކަންމަތީ އޮތް ކަމަށެވެ. އަދި އިންޑިއާއިން ފޯރުކޮށްދިން ކާބޯތަކެތީގެ އެހީއަކީ މި ދަނޑިވަޅުގައި ވަރަށް މުހިންމު އެހީއެއް ކަމަށާއި އެކަމަށްޓަކައި ބޮޑުވަޒީރު މޯދީގެ އިތުރުން އިންޑިއާގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. މިއަދު ރާއްޖެއަށް ގެނެސްފައިވާ ކާބޯތަކެތީގެ ތެރޭގައި ހިމެނެނީ: 200 ޓަނުގެ ހަނޑޫ 140 ޓަނުގެ ގޮދަން ފުށް 90 ޓަނުގެ ހަކުރު 120 ޓަނުގެ ރީނދޫ މުގު 26 ޓަނުގެ ފިޔާ 14 ޓަނުގެ އަލުވި އިންޑިއަން ހައި ކޮމިޝަނުން ބުނެފައިވަނީ އެއީ އިންޑިއާގެ 'އެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް' (ސާގަރް) ޑޮކްޓްރިން ގެ ދަށުން ސަރަހައްދީ ގައުމުތަކަށް އިންޑިއާއިން ފޯރުކޮށްދޭ އެހީ ކަމަށެވެ. އެގޮތުން މިޝަން ސާގަރްގެ ފުރަތަމަ ދަތުރު ރާއްޖެއަށް ކޮށްފައިވާއިރު، ރާއްޖެއަށް މުދާ ބޭލުމަށްފަހު ސަރަހައްދުގެ އެހެން ގައުމުތަކަށް އެހީއާއިގެން ދަތުރު ކުރާނެ ކަމަށް ހައި ކޮމިޝަނުން ވަނީ ބުނެފައެވެ. ކާބޯތަކެތީގެ މިއެހީއަކީ އިންޑިއާގެ ރައްޔިތުންގެ ފަރާތުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ރަމަޟާން މަހުގައި ދެވޭ، ދެގައުމުގެ އެކުވެރިކަން ރަމްޒު ކޮށްދޭ ހަދިޔާއެއް ކަމަށްވެސް އެ ހައިކޮމިޝަނުން ބުންޏެވެ.
އިންޑިއާއިން ލިބުނީ މިވަގުތަށް މުހިންމު އެހީއެއް، ޝުކުރިއްޔާ: ރައީސް
މާދަމާ އަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި ޝައްވާލު މަހުގެ ފުރަތަމަ ދުވަސް (ފިތުރު އީދު) ދުވަހަކީ އާދިއްތަ ދުވަސް ކަމަށް ކަނޑައަޅައިފިއެވެ. ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ހަނދާ ބެހޭ ބަޔާން އިއްވަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މިއަހަރުގެ ރަމަޟާން މަހުގެ 29 ވީ ހުކުރު ދުވަހުގެ އިރުއޮއްސުނުއިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށްވެސް މި އަހަހަރުގެ ޝައްވާލު މަހުގެ ހަނދު ފެންމަތިނުވާކަން އިތުބާރުހުރި ފަލަކީ ހިސާބުތަކުން ކަށަވަރުވާ ކަމަށެވެ. މީގެ އިތުރުން މިއަދުގެ އިރުއޮއްސުމަށް ފަހުވެސް ރާއްޖޭގެ އެއްވެސް ހިސާބަކަށް މިއަހަރުގެ ޝައްވާލްމަހުގެ ހަނދު ފެނިފައިނުވާކަަމަށާއި އިސްލާމީ އެއްވެސް ގައުމަކަށްވެސް މިއަހަރުގެ ޝައްވާލު މަހުގެ ހަނދުފެނުނުކަމުގެ އިތުބާރުހުރި މައުލޫމާތު ލިބިފައިނުވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމުގައި ރާއްޖޭޭގައި އަމަލު ކުރަމުންދާ އުސޫލުގައިވާގޮތުގެ މަތިން މާދަމާ، މެއި 23 ވާ ހޮނިހިރު ދުވަހަކީ 1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި މެއި 24 ވާ އާދިއްތަ ދުވަހަކީ ޝައްވާލު މަހުގެ އެއްވަނަ ދުވަސް ކަމަށް ކަނޑައަޅާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އާދިއްތަ ދުވަހަކީ އީދު ދުވަސް ކަމަށް ވިޔަސް ކޮވިޑް 19އިގެ ސަބަބުން މާލޭގައި ޖަމާއަތުގައި ނަމާދު ކުރުން މަޑު ޖައްސާލާފައި ވާތީ، ޖަމާއަތުގައި އީދު ނަމާދު ކުރުމެއް ނޯންނާނެ އެވެ. އެހެންނަމަވެސް އިސްލާމިކް މިނިސްޓްރީއިން އިރުޝާދު ދީފައިވަނީ ގޭގައި އީދު ނަމާދު ކުރުމަށެވެ.
މާދަމާ އަކީ ފަހު ރޯދަ، އީދު ދުވަހަކީ އާދިއްތަ ދުވަސް
ކަރަންޓީން ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީތަކުގައި ދޭ ހިދުމަތްތައް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ގާތުން ބައްލަވާ ކަމަށް، ޑިފެންސް މިނިސްޓަރު މާރިިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ، ކޮވިޑް19 އާ ގުޅިގެން ފެސިލިޓީތަކުގައި އެކަހެރިކޮށްފައި ތިބި މީހުންގެ ކެއުންބުއިމުގެ ކަންކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ޝަކުވާތައް ގިނަވެފައިވާ ދަނޑިވަޅެއްގައެވެ. މާރިޔާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފެސިލިޓީތަކުގައިދޭ ހިދުމަތްތައް، ވަކިން ހާއްސަކޮށް ކެއުން ބުއިމުގެ ކަންކަން ވަރަށް ގާތުން ބައްލަވާ ކަމަށެވެ. "އަދި އެތަންތާ ތިބޭ މީހުންގެ ޝަކުވާތައް އެޑްރެސް ކުރަންވެސް އަންގަވާ. އަދި ގިނަ ބަޔަކު ފެސިލިޓީގެ ހިދުމަތްތައް ރަނގަޅުވެ ޝުކުރު އަދާކުރޭ،" މިނިސްޓަރު ވިދާޅުވިއެވެ. ކޮރޯނާވައިރަސްއާ ގުޅިގެން މިހާރު ކަރަންޓީން ފެސިލިޓީތަކުގައި 1371 މީހަކު އެބަތިއްބެވެ. އޭގެ ތެރޭގައި ރާއްޖެއިން ބޭރުން އައި ދިވެހީންނާއި، ޕޮޒިޓިވް ކޭސްތަކުގެ ކޮންޓެކްޓުން ހިމެނެއެވެ. މިވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި 140 މީހުން އެބަތިއްބެވެ. މާޗް މަހުގެ 21 ވަނަ ދުވަހުން ފެށިގެން ފަތުރުވެރިން ފިޔަވާ ރާއްޖެއިން ބޭރުން އަންނަ ހުރިހާ އެންމެންވެސް 14 ދުވަހު ކަރަންޓީންގައި މަޑުކުރުމަށް ވަނީ ލާޒިމްކޮށްފައެވެ. ރާއްޖޭގައި މިހާތަނަށް 12 އަށް ވުރެ ގިނަ ކަރަންޓީން ފެސިލިޓީތައް ވަނީ ގާއިމްކޮށްފަ އެވެ. ކަރަންޓީން ފެސިލިޓީތަކާއި ގުޅޭ ގޮތުން މަދުން ނަމަވެސް ޝަކުވާތައް ފެންމަތިވަމުން އަންނައިރު މި ފަހުން އެންމެ ބޮޑު ބަހުސްއެއް އުފެދުނީ އެ ތަނުން ރޯދަ ވީއްލަން ދިން ކާނާއާ ގުޅޭ ގޮތުންނެވެ. މިހާތަނަށް ރާއްޖެއިން 191 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އަދި އެމީހުންނާ ގުޅުންހުރި މީހުން އަންނަނީ އެކަހެރިކުރަމުންނެވެ. މިހާރު ފެނިފައިވާ ކޭސްތަކުގެ އަދަދުތަކުން އަލާމަތް ހުންނަ މީހުން އަދި ބަލި ހުރި މީހުން ވެސް ގޭގައި ކަރަންޓީނު ކުރުމަށް ވެސް ވިސްނަން ޖެހިދާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ވިދާޅުވެފައެވެ.
ފެސިލިޓީތަކުގެ ހިދުމަތްތައް ރައީސް ގާތުން ބައްލަވާ: މާރިޔާ
ކޮރޯނާވައިރަސް، ކޮވިޑް19އާ ގުޅިގެން މިހާރު ކުރިއަށްދާ 2019-2020 ވަނަ ފުޓްބޯޅަ ސީޒަން ނިންމާލަން ބަންގަލަދޭޝް ފުޓްބޯލް އެސޯސިއޭޝަން އިން ނިންމައިފި އެވެ. ބަންގްލަދޭޝްގެ ފުޓުބޯޅަ އިދާރާގެ އެކްސްކޯއިން މިއަދު ބޭއްވި ކުއްލި ބައްދަލުވުމަށް ފަހު މިހާރު ކުރިއަށްދާ ފުޓުބޯޅަ ސީޒަން ނިމުމަކަށް ގެނެސްފައިވާ ކަން މިއަދު ވަނީ އިއުލާން ކޮށްފަ އެވެ. އެއާ އެކު މި ސީޒަނުގައި ބަންގްލަދޭޝް ޕްރިމިއާ ލީގާއި، މިއަހަރު ކުޅުމަށް ހަމަޖެހިފައި އޮތް އިންޑެޕެންޑެންސް ކަޕް ވެސް ވަނީ ކެންސަލް ކޮށްފަ އެވެ. ބީއެފްއެފްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިއަހަރުގެ ތެރޭގައި އެގައުމުގައި ފުޓުބޯޅަ އަލުން ފެށޭނެ މާހައުލެއް އޮތް ކަމަށް ގަބޫލު ނުކުރެވޭތީ ސީޒަނުގެ ބާކީ އޮތް ބައި ކެންސަލް ކޮށްފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދާ ޕްރިމިއާ ލީގުގައި އެކި ޓީމުތައް އެކިވަރަށް މެޗު ކުޅެފައިވާތީ ލީގުގެ ޗެމްޕިއަން ޓީމެއް އަދި ރެލިގޭޝަން ޓީމެއް ވެސް ނުހޮވާނެ ކަމަށް ވަނީ ބުނެފަ އެވެ. ބަންގްލަދޭޝްގެ 12 ވަނަ ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލީ މިދިޔަ މާޗް މަހުގެ ކުރީކޮޅެވެ. އޭރު އެގައުމުގެ ބަޝަންދުރަ ކިންގްސް ޓީމުން އައީ އޭއެފްސީ ކަޕުގައިވެސް ވާދަކުރަމުންނެވެ. ބަންގަލްދޭޝްގެ ފުޓުބޯޅަ އިދާރާއިން ބުނީ އެގައުމުގެ ފުޓުބޯޅަ ސީޒަން ނިންމާލީ އޭއެފްސީއާ އެކު ވެސް މަޝްވަރާ ކުރުމަށްފަހު އެ އިދާރާއިގެ ލަފާގެ މަތިން ކަމަށެވެ. ކޮރޯނާ ވައިރަހުގެ ސަބަބުން މި ސަރަހައްދުގައި އެންމެ އަވަހަށް ފުޓުބޯޅަ ސީޒަން ނިންމާލި އެއް ގައުމަކީ ދިވެހި ރާއްޖެ އެވެ. ރާއްޖޭގެ ފުޓުބޯޅަ ސީޒަން ނިންމާލާފައިވާކަން އެފްއޭއެމުން މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހު އިއުލާން ކުރި އިރު އެފްއޭކަޕާއި، ޕްރެޒިޑެންޓް ކަޕުގެ އިތުރު ތިންވަނަ ޑިވިޝަން މުބާރާތް އޮތީ ނުނިމި އެވެ.
ބަންގްލަދޭޝްގެ ފުޓުބޯޅަ ސީޒަން ކެންސަލް ކޮށްފި
މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ އެޕްލިކޭޝަން މެދުވެރިކޮށް ފެން މީޓަރު ރީޑިން ފޮނުވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ. އެމްޑަބްލިއުއެސްސީ އިން ބުނީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މީޓަރު ރީޑިން ފޮނުވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ކަސްޓަމަރުންގެ ފޯނަށް އެމްޑަބްލިއުއެސްސީ އިން ނޮޓިފިކޭޝަނެއް ފޮނުވުމުން މީޓަރު ނަންބަރު އެނގޭގޮތަށް، މީޓަރު ރީޑިންގެ ފޮޓޯ އެއް ފޮނުވުމަށް އެދޭ ކަމަށް އެމްޑަބްލިއުއެސްސީއިން ބުންޏެވެ. އެ ފޮޓޯ ފޮނުވަން ބޭނުންކުރަންޖެހޭނީ އެމްޑަބްލިއުއެސްސީގެ އެޕްލިކޭޝަނެވެ. މީޓަރުގެ ރީޑިން ފޮނުވަން ޖެހޭނަމަ، އެކަން އެނގޭ ނޮޓިފިކޭޝަނެއް އެޕްލިކޭޝަން އިން ފެންނާނެއެވެ. މީޓަރުގެ ފޮޓޯ ނަގަން ހާއްސަ އޮޕްޝަނެއް ހިމަނާފައިވާއިރު ނަންބަރުތައް އެނގޭނެހެން ސާފުކޮށް ފޮޓޯ ނަގަން އެމްޑަބްލިއުއެސްސީ އިން އިލްތިމާސް ކުރެ އެވެ. ބިލު ހަދަައި ނިމުމުންް ކަސްޓަމަަރަށް ނޮޓިފިކޭޝަންއެއް ދާނެ އެވެ. އެމްޑަބްލިއުއެސްސީ އެޕް އަދި ވެބްސައިޓު މެދުވެރިކޮށް ފަސޭހަކަމާއެކު ފެންބިލުވެސް ދައްކައިލެވޭނެ އެވެ. ކޮވިޑް19ގެ ހާލަތުގައި މީޓަރު ރީޑިން ނަގަން ދިޔުމާއި ބިލު ހަވާލު ކުރުން ވަނީ މެދުކަނޑާލައިފަ އެވެ. މިދިޔަ މަހު އެމްޑަބްލިއުއެސްސީ އިން އެދުނީ ވެބްސައިޓު މެދުވެރިކޮށް މީޓަރުގެ ފޮޓޯ އެއް ފޮނުވުމަށެވެ.
އެމްޑަބްލިއުއެސްސީ އެޕް މެދުވެރިކޮށް މީޓަރު ރީޑިން ފޮނުވޭނެ
ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް 75 ރުފިޔާ އަށް 3 ޖީބީގެ ޑޭޓާ ލިބޭ ވެލިއު ޕެކެއް ތައާރަފުކޮށްފި އެވެ. އަލަށް ތައާރަފުކުރި މި ޕެކޭޖަކީ ކޮވިޑް19ގެ މި ދުވަސްވަރު ކަސްޓަމަރުންނަށް ލުޔެއް ހޯދައިދިނުމަށްޓަކައި ތައާރަފުކުރި ޕެކޭޖެއް ކަމަށް ދިރާގުން ބުނެ އެވެ. ދިރާގު އެޕްލިކޭޝަން މެދުވެރިކޮށް އެކްޓިވޭޓު ކުރެވޭ މި ޕެކޭޖުގެ މުއްދަތަކީ ހަތް ދުވަހެވެ. މި އޮފާ ކުރިއަށްގެންދިއުމަށް ރާވާފައިވަނީ އަންނަ މެއި މަހުގެ ނިޔަލަށެވެ. ދިރާގުން ބުނީ ކޮވިޑް19 ފެތުރުން ކޮންޓްރޯލު ކުރުމަށްޓަކައި ރޯދަ މަހުގެ އާންމު އާދަކާދަތައް ދޫކޮށް، އާންމުން ގޭގައި މަޑުކޮށްގެން ތިބޭ ތިބުމުގައި ޑިޖިޓަލް ކަނެކްޓިވިޓީގެ ހިދުމަތްތަކަށް ބަރޯސާވާ މިންވަރު އިތުރުވަމުންދާ ކަމަށެވެ. އެގޮތުން މިދިޔަ މަސްތަކުގައި ޑޭޓާ ބޭނުންކުރި މިންވަރު، ކުރިން ނުދާހާ މައްޗަށް ގޮސްފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ. މި ދުވަސްވަރު ޑޭޓާ ބޭނުންކުރާ މިންވަރު އިތުރުވާނެ ކަމަށް ބަލައި ދިރާގުން ވަނީ މީގެ ކުރިން ވެސް ކަސްޓަމަރުންނަށް ލުއި ގޮތްތަކެއް ފަހިކޮށްދީފަ އެވެ. އެގޮތުން މި މަހާއި އަންނަ މެއި މަހު ޕްރީޕެއިޑް ކަސްޓަމަރުން ގަންނަ ޑޭޓާ ބަންޑްލްތަކުން 50 ޕަސެންޓު އިތުރަށް ޑޭޓާ ދިނުމަށް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން ދިރާގުގެ ހޯމް ބްރޯޑްބޭންޑް އެޑްއޮންތަކުން މި މަހުގެ ނިޔަލަށް 50 ޕަސެންޓުގެ ޑިސްކައުންޓެއް އެކުންފުނިން ދަނީ ދެމުންނެވެ.
ދިރާގުން 75 ރުފިޔާ އަށް 3ޖީބީ ލިބޭ ޑޭޓާ ޕެކެއް ތައާރަފުކޮށްފި
ޓުއަރިޒަމް އަލުން ހުޅުވާލާއިރު، ކޮންމެ ޓުއަރިސްޓެއްގެ އަތުން ދުވާލަކަށް އަށް ޑޮަލަރު ކޮވިޑް ޓެކްސްގެ ގޮތުގައި ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ލަފާ ދިނުމަށް އެ ކޮމިޓިން ފާސްކޮށްފި އެވެ. ޓުއަރިޒަމް ހުޅުވާލުމަށް ޓުއަރިޒަމް މިނިސްޓްރީން އެކުލަވާލި ފުރަތަމަ ޑްރާފްޓަށް ހިޔާލުހޯދުމަށް މަޖިލީހަށް ވަނީ ފޮނުވާފަ އެވެ. އެ ޑްރާފްޓަށް މަޖިލީހުން ދޭނެ ހިޔާލުތައް އެކުލަވާލުމުގެ މަސައްކަތް ކުރުމަށް މިއަދު ވާޗުއަލްކޮށް ބޭއްވި އިގްތިސާދީ ކޮމިޓީގައި ވަނީ މިކަމުގައި އަމަލުކުރާނެ ގޮތެއް ނިންމާފަ އެވެ. އެގޮތުން މިހާތަނަށް މަޖިލިސް މެމެބްރުން އެ ޑްރާފްޓަށް ފޮނުވާފައިވާ ހިޔާލުތަކާއި މިއަދު ކޮމިޓީގެ ބައްދަލުވުންތަކުގައި ހުށަހެޅި ހިޔާލުތައް މިނިސްޓްރީއަށް ފޮނުވުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ. ބޮޑު ހުށަހެޅުމެއްގެ ގޮތުގައި ފާސްވެގެން ދިޔައީ މާފަންނު މެދު ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު (ބޮންޑޭ) ހުށަހެޅުއްވި ހުށަހެޅުމެވެ. އޭނާ ހުށަހެޅުއްވީ ޓުއަރިޒަމް މިނިސްޓްރީން މިކަމުގައި ފަހުގެ ގޮތެއް ނިންމާއިރު، ކޮވިޑް ޓެކްސްގެ ގޮތުގައި ކޮންމެ ޓޫރިސްޓެއް އަތުން ދުވާލަކަށް އަށް ޑޮލަރު ނެގުމަށެވެ. "ސަރުކާރުން އެދަނީ ރިސޯޓުތަކުގެ ކުލިތައްވެސް ކަނޑައިދެމުން، އެހެނިހެން އިނާޔަތްތައްވެސް ދެމުން. އެހުރިހާ ކަމެއް ކުރަމުން، ފަތުރުވެރިއެއްގެ ސިއްހީ ކަމެއް ދިމާވުމުން އެ ހަރަދުތައް ވެސް ބަލަހައްޓަމުން މި އަންނަނީ. އެ ހުރިހާ ކަމެއް ކުރުމަކީ، ދިވެހި ދައުލަތަށް އަދި އެއްވެސް ދައުލަަތަކަށް ކުޅަދާނެ ވާނެ ކަމެއް ނޫން. އެހެންވީމަ އަޅުގަނޑު ހުށަހަޅަން ފައިލް ޑްރާފްޓް އަންނަ އިރު، އޭގެ ތެރޭގައި ކޮވިޑް ޓެކްސްޓް ނެގުމަށް އަށް ޑޮލަރު ނެގުމަށް [ދަުވާލަކަށް]،" ބޮންޑޭ ވިދާޅުވި އެވެ. ބޮންޑޭގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝީޔާމެވެ. ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ހުށަހެޅުއްވީ މިވަގުތަށް ޓުއަރިޒަމް މިނިސްޓްރީން ސްްޓޭކް ހޯލްޑަރާ މަޝްވަރާކުރުމަށްފަހު ފައިނަލް ރިޕޯޓެއް އަލުން މަޖިލީހަށް ފޮނުވައި ދިނުމަށް ދެންނެވުމަށެވެ. އަދި މިހާރު މެމްބަރުން ހުށަހަޅާފައިވާ ހިޔާލުތައް ކޮމިޓީ ރިޕޯޓުގައި ހިމަނައި، މިނިސްޓްރީއަށް ލަފާ އެރުވުމަށެވެ. މި ދެ ހުށަހެޅުން ފާސްވެގެން ދިޔައީ ކޮމިޓީގައި އޭރު ތިއްބެވި ހަތް މެމްބަރުންގެ ވޯޓުންނެވެ. މިވަގުތު ކޮމިޓީން މިކަމުގައި ލަފައެއް އެރުވުމާ ދެކޮޅަށް ބައެއް މެމްބަރުން ވާހަކަ ދެއްކެވި އެވެ. ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ މިވަގުތު މަޖިލީހަށް އައިސްފައި ވަނީ ފައިނަލް ރިޕޯޓަކަށް ނުވުމާއި ކޮމިޓީން ދާއިރާގެ ހިއްސާދާރުންނާ މަޝްވަރާ ނުކުރުމެވެ. އަދި މިކަމުގައި ކޮމިޓީން ތަޅުމަށް ފޮނުވުމަށް ގޮތެއް ނިންމަންވާނީ އެކަށީގެންވާ ވަރަށް މަސައްކަތެއް ކުރުމަށްފަހު ކަމަށާއި އަދި ލަފާ އަރުވަން ވާނީ ފައިނަލް ރިޕޯޓަށް ކަމަށް ބައެއް މެމްބަރުން ހިޔާލު ފާޅުކުރެއްވި އެވެ. އެގޮތުން މަތިވެރި ދާއިރާ މެމްބަރު ހަސަން ޒަރީޒު ވިދާޅުވީ، ފައިނަލް ޑްރާފްޓް އައުމުން ދެން އެއަށް ކޮމެންޓެއް ކޮށް ކޮމިޓީގެ ރިޕޯޓު ފާސްކުރަން އޭނާ ތާއީދު ކުރައްވާކަމަށެވެ. އަދި މިވަގުތައް މިކަމުގައި ކޮމީޓީން ގޮތެއް ނިންމުމަކީ މުހިންމު ކަމެއް ކަމުގައި ނުދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ. މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވިދާޅުވީ، ކޮމިޓީން މިކަމުގައި ކަންކުރަން ވަނީ ޒިންމާދާރުކޮށް ކަމަށާއި މެބްރުން ފޮނުވާހާ ހިޔާލަކާއެކު އެއްވެސް މަސައްކަތެއް ނުކޮށް ރިޕޯޓެއް ފޮނުވުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށެވެ. އަދި މިކަމުގައި ދާއިރާގެ ހުރިހާ ސްޓޭކް ހޯލްޑަރުންގެ ބަސް ކޮމިޓިން ހޯދުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ. "މަސައްކަތެއްކޮށްފައި ފޮނުވާކަމަށް ވާނަމަ، ކީއްކުރަން ފޮނުވާ ރިޕޯޓެއް. އެހެންވީ ފައިނަލް ރިޕޯޓު ލިބުމުން މި މަސައްކަތް ކުރާނަމޭ ބުނުމުން އެކަން އެއޮތީ ނިމިފައި. ދެން ކޮން ރިޕޯޓެއްތޯ ހަދަން މިއުޅެނީ. ރިޕޯޓެއް ހެދުމުގެ ބޭނުމެއް ނެތް މަސައްކަތެއް ނުކޮށް. ހަމައެކަނި ކޮމެންޓެއް އައުމުން މީތި އެޓޭޗްކޮށްފައި ފޮނުވުމަކީ ޒިންމާދާރު ކަމެއް ނޫން،" އަލީ ރިޒާ ވިދާޅުވިއެވެ. ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ރޭގެ ކޮމިޓީގައި ވިދާޅުވީ، މިހާރު އޮތް ޑްރާފްޓަކީ ފައިނަލެއް ކަރުދާހެއް ނޫން ކަމަށާއި ހާލަތު މިހާރު ބަދަލުވުމާއެކު އޭގައި ނަގަން ހިމަނާފައި ހުރި ގިނަ ފީތައް ނުނަގަން ނިންމާފައިވާ ކަމަށެވެ. އަދި ޓޫރިޒަމް އަލުން ފަށައިގަތުމަށްފަހު އަމަލުކުރާ ގައިޑްލައިންގެ މަސައްކަތް ނިންމައި ޖޫން މަހުގެ ކުރިން އާންމުކުރާނެ މިނިސްޓަރު ވިދާޅުވި އެވެ. ކޮވިޑް-19އާ ގުޅިގެން އެންމެ ފުރަތަމަ ބަލި ފެތުރޭ ގައުމުތަކުން ޓޫރިސްޓުން އައުން މަނާކުރި އެވެ. އަދި އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލައި، ޓޫރިސްޓުންނަށް ރާއްޖޭގެ ބޯޑަރު މުޅިން ބަންދުކުރީ، މާޗް 27 ވަނަ ދުވަހުގަ އެވެ. ޓޫރިޒަމް ސިނާއަތް އަލުން ފަށައިގަތުން ބަރޯސާވެފައިވަނީ ބަލި ފެތުރޭ މިންވަރަށެވެ. ބަލިފެތުރޭ މިންވަރު ކޮންޓްރޯލު ކުރެވި މި ހާލަތު ރަނގަޅުވެއްޖެނަމަ މިއަހަރުގެ ޖުލައި އާއި އޮކްޓޫބަރު މަހާ ދެމެދު ޓޫރިޒަމް ފަށައިގަނެވޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ. ޖުލައި ނުވަތަ ޖުލައި މަހުގެ ފަހުން މި ބަލި ކޮންޓްރޯލު ކުރެވޭނެ ކަމަށް ބަލައިގެން ރާއްޖެ އިޝްތިހާރު ކުރަން އެމްއެމްޕީއާރުސީން ވެސް ދަނީ ތައްޔާރުވަމުންނެވެ.
ކޮވިޑް ޓެކްސްގެ ގޮތުގައި ދުވާލަކަށް އަށް ޑޮލަރު ނަގަން ލަފާދެނީ
ރާއްޖެއަކީ ޖަޒީރާ ގައުމަކަށް ވެފައި، ރަށްރަށް ދުރުގައި އޮތް ނަމަވެސް މިހާރު މާލޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ރޯގާ ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ފެތުރުމަކީ މިއަދު ވަރަށް އެކަށީގެންވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ނަޝީދު ވިދާޅުވީ މާލެ ލޮކްޑައުން ކުރުމާ ގުޅިގެން، ރަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބި ރަށްރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް އެމަނިކުފާނަށް ފާހަގަވެވަޑައިގެންފައިވާ ކަމަށެވެ. ސަރުކާރުންް ހާމަކޮށްފައިވާ ގޮތުގައި، މިހާތަނަށް މާލެއިން ފުރައިގެން ރަށްރަށަށް ދާން 5،000 އެއްހާ މީހުން ވަނީ އެދިފަ އެވެ. ނަމަވެސް މާލޭގައި ބަލި ފެތުރެމުން އަންނަ މިވަގުތުގައި މާލެއިން އަތޮޅުތަކަށް މީހުން ދިޔުމަކީ ބަލި ނެތް ރަށްތަކަށް ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ވާތީ، ރަށްރަށަށް މީހުން ފޮނުވުމުގެ އުސޫލު ވަނީ ހަރުކަށިކޮށްފަ އެވެ. އަދި ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި، "ސާޖެއް" އަންނާނެ ކަމަށް އަންދާޒާކުރެވިފައި ވާތީ، މިވަގުތު ރަށްރަށަށް މީހުން ގެންދިއުން އޮތީ މަޑުޖައްސާލައިފަ އެވެ. އެކަމަށް އިޝާރާތް ކުރައްވާ މިއަދު ނަޝީދު ވިދާޅުވީ ރާއްޖޭގެ ރަށްތައް ވަކިވަކިން އޮތް ނަމަވެސް، ރަށްތަކުގެ މެދުގައި މުދަލާއި މީހުން އުފުލުމުގެ ކަންކަން އަބަދުވެސް ކުރިއަށް ދާ ކަމަށެވެ. "މިއަދު އަޅުގަނޑަށް ދަންނަވަން ޖެހެނީ މި ރޯގާ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ފެތުރުމަކީ ވަރަށް އެކަށީގެންވާ ކަމެކޭ...ރާއްޖޭގެ އެއް ރަށާ އަނެއް ރަށާ އެއީ ދުރުދުގައި ތިބޭ ތަނެއް ކަމަށް، ވަކިވަކިން އޮތް ތަންތަން ކަމަށް ބައެއް ބޭފުޅުންނަށް ހީފުޅުވިޔަސް ވެސް މި ދިވެހިރާއްޖެ އެއް ގައުމެއްގެ ގޮތުގައި ތުރާކުނުން ފެށިގެން އައްޑޫ މުއްޔާ ހަމައަށް މިއޮތީ ވަރަށް ދަތުރުކުރާތީ، އެއް ތަނުން އަނެއް ތަނަށް މީހުން ގޮސް އުޅޭތީވެ. އެހެންވީމަ އެއް ތަނެއްގައި ހުރި އެއްޗެއް އަބަދުވެސް އަނެއް ތަނަކަށް ފެތުރިގެން ދޭ. އެއީ ޒަމާނުއްސުރެ މި ދިވެހިރާއްޖޭގައި އެކަން ހިނގަމުން އަންނަ ގޮތް،" ނަޝީދު ވިދާޅުވި އެވެ. އެހެންކަމުން ކޮންމެ ރަށެއްގައި ވެސް ބަލިން ސަލާމަތްވެވޭނެ ގޮތްތަކާއި، އަދި ސަލާމަތި ފިޔަވަޅުތަކަށް ތައްޔާރުވެ ތިބުމަކީ ބުއްދިވެރި ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. ގިނަ އަދަދެއްގެ ބަޔަކު ރަށްރަށަށް ފުރަން ބޭނުންވެގެން އެދިފައި ވާއިރު، ކޮންމެހެން މަޖުބޫރުވެގެން ނޫނީ ރަށަށް ދާން އެޕްލައިި ނުކުރުމަށް ސަރުކާރުުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި މި ދަނޑިވަޅުގައި ޗުއްޓީއަށް ރަށަށް ދާން ނޫޅުމަށާއި، ކޮންމެހެން ދާންޖެހޭ މީހުން ދިއުމަށް ފުރުސަތު ދިނުމަށް ވެސް ވަނީ އެދިފަ އެވެ. ރަށްރަށަށް މިހުން ފޮނުވުމުގެ ކުރިން އެމީހުން 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަކުރަން ޖެހޭނެއެވެ. އަދި އެކަމަށްޓަކައި މިހާރު ހުޅުމާލެއިން އިތުރު 500 ކޮޓަރި ހަމަޖެއްސުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. މިހާތަނަށް ރާއްޖެއިން 897 މީހަކަށް ބަލި ޖެހިފައިވާކަން ދެނެގަނެވިފައި ވާއިރު، އޭގެ ތެރޭގައި މާލޭގެ އިތުރުން، އަތޮޅުތެރޭގެ ބައެއް ރަށްތަކުން ޕޮޒިޓިވްވި މީހުން ވެސް ހިމެނެ އެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ބަލިން މުޅިން ރަނގަޅުވެފައި ވަނީ 31 މީހެކެވެ. އަދި ބަލީގައި ތިން މީހަކު ވަނީ މަރުވެފަ އެވެ.
ޖަޒީރާ ވިޔަސް ރާއްޖޭގެ ހުރިހާ ރަށެއްގައި ބަލި ފެތުރުން ގާތް: ނަޝީދު
ސްޕެނިޝް "ލަ ލީގާ"ގެ ކުލަބުތަކަށް އެއްފަހަރާ 10 ކުޅުންތެރިންނާ އެކު ޓީމް ފަރިތަކުރުންތައް ކުރިއަށް ގެންދިއުމުގެ ހުއްދަ އެގައުމުގެ ސަރުކާރުން ދީފި އެވެ. ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެކު ޔޫރޮޕް ފުޓުބޯޅަ މެދުކަނޑާލީ މިދިޔަ މާޗު މަހުގެ ކުރީކޮޅު އެވެ. އެއަށް ފަހު ގައުމުތަކުގެ ލޮކްޑައުން މަހުން މަހަށް އިތުރުކުރަމުން ދިއުމާ ގުޅިގެން ބައެއް ގައުމުތަކުގެ ފުޓުބޯޅަ ސީޒަންތައް ވަނީ ކެންސަލް ކޮށްފަ އެވެ. އޭގެ ތެރޭގައި ފްރާންސްގެ ލީގާއި، ބެލްޖިއަމްގެ ލީގު އަދި ޑަޗް ލީގުގެ އިތުރުން އާޖެންޓީނާގެ ލީގު ވެސް ވަނީ ނިންމާލައިފަ އެވެ. އެހެން ނަމަވެސް އިނގިރޭސި ލީގާއި، ސްޕެނިޝް ލީގު އަދި އިޓާލިއަން ލީގުގެ އިތުރުން ޖަރުމަނުގެ ލީގުތައް ނިންމާ ނުލާ ކުރިއަށް ގެންދާނެކަން މީގެ ކުރިން ވެސް އެގައުމުތަކުން އިއުލާންކޮށްފައިވާ އިރު ޖަރުމަނުގެ ބުންޑެސްލީގާގެ ކުޅުން ރޭ ވަނީ ފަށައިފަ އެވެ. އަދި އެހެންމެ އިޓާލިއަން ލީގާއި ސްޕެނިޝް ލީގު ފެށުމަށް ތައްޔާރުވުމުގެ ގޮތުން ޓީމް ފަރިތަކުރުންތައް ފެށުމުގެ ހުއްދަ މިއަދު ވަނީ ދީފަ އެވެ. އެހެން ނަމަވެސް އެ ޕްރެކްޓިސްތައް ކުރިއަށް ގެންދިއުމަށް ވަނީ ހާއްސަ ގައިޑްލައިންތަކެއް ކަނޑައަޅާފަ އެވެ. އެގޮތުން ސްޕެނިޝް ކުލަބުތަކަށް ޓްރެއިނިންގް ގްރައުންޑުގައި އެއްފަހަރާ ފަރިތަކުރުންތަކުގައި ބައިވެރިވެވޭނީ 10 ކުޅުންތެރިންނަށެވެ. އަދި ޓްރެއިނިންގް ފެސިލިޓީގެ ޗޭންޖިންގް ރޫމްތައް ބޭނުން ކުރުން މަނާކޮށްފައިވާ އިރު ކުޅުންތެރިން ދަނޑަށް ހާޒިރުވުމާއި، އަނބުރާ ގެއަށް ދިއުމުގައި ވެސް ހާއްސަ ގަވާއިދުތަކެއް ވަނީ ކަނޑައަޅާފަ އެވެ. މީގެ އިތުރުން އެއްފަހަރާ 10 ކުޅުންތެރިން ޓްރެއިނިންގް ފެސިލިޓީތައް ބޭނުން ކުރުމަށްފަހު، (ހާއްސަކޮށް ޖިމް) ދެވަނަ ގްރޫޕް އައުމުގެ ކުރިން މުޅި ތަން ޑިސްއިންފެކްޓް ކުރުމަށް ކުލަބުތަކަށް ވަނީ އަންގާފަ އެވެ. އެންމެ ފަހުން ކުރެވުނު މަޝްވަރާތަކާ އެކު ސްޕެނިޝް ލީގު އަލުން އަނބުރާ ފެށުމަށް މިހާރު ނިންމާފައިވާ ތާރީޙަކީ އަންނަ މަހުގެ 12 ވަނަ ދުވަހެވެ.
ސްޕެނިޝް ކުލަބުތަކަށް ޓީމް ޕްރެކްޓިސް ކުރުމުގެ ހުއްދަ ދީފި
ވޮޝިންޓަން (މެއި 12): އެމެރިކާގެ ވައިޓް ހައުސްގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ޒުވާބު ކުރެއްވުމަށް ފަހު އެ ބައްދަލުވުން ކުއްލި ގޮތަކަށް ނިންމަވާލައްވައިފި އެވެ. މިދިޔަ މަހުގެ 27ގެ ފަހުން ޓްރަމްޕް ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ޕްރެސް ކޮންފަރެންސް އިއްޔެ ބޭއްވީ ކޮރޯނާވައިރަހަށް ޓެސްޓު ކުރުމުގައި މިހާރު އެންމެ ކުރީގައި އުޅެނީ އެމެރިކާ ކަމަށް ވިދާޅުވެ އެވެ. އެހެންކަމުން ސީބީއެސްގެ ރިޕޯޓަރު ވީޖާ ޖަންގް ވަނީ ވައިރަހަށް ޓެސްޓު ކުރުމަކީ މުބާރާތެއްގެ ގޮތުގައި ޓްރަމްޕް ދެކިލައްވަނީ ކީއްވެގެންތޯ ސުވާލުކޮށްފަ އެވެ. "ކޮންމެ ދުވަހަކު ވެސް އެމެރިކާގެ އެތައް ބަޔަކު މަރުވަމުންދާ އިރު އަދި ކޮންމެ ދުވަހަކު އިތުރު ކޭސްތައް ފެންނަމުންދާ އިރު ޓެސްޓު ކުރުމަކީ ދުނިޔޭގެ މުބާރާތަކަށް ވަނީ ކީއްވެގެންތޯ؟" ޖަންގް ސުވާލު ކުރި އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވަނީ ވައިރަހުގެ ސަބަބުން މުޅި ދުނިޔެއިން ވެސް މީހުން މަރުވަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ސުވާލު ޗައިނާއާ ކުރަން އަންގަވައިފަ އެވެ. ސީބީއެސްގެ ރިޕޯޓަރު ވީޖާ ޖަންގް (ވ) އަދީ ސީއެންއެންގެ ރިޕޯޓަރު ކެއިޓްލަން ކޮލިންސް -- ފޮޓޯ: ރޮއިޓާސް "މުޅި ދުނިޔެއިން ވެސް މީހުން ދަނީ މަރުވަމުން. އަޅުގަނޑަށް ހީވަނީ ތިޔަ ސުވާލު ކުރަންވީ ޗައިނާއާ ހެން. އަޅުގަނޑާ ކުރާނެ ކަމެއް ނެތް. ޗައިނާ ކައިރީ އަހާ. ޗައިނާއާ ސުވާލު ކުރުމުން ވަރަށް އާދަޔާ ހިލާފު ޖަވާބެއް ލިބިދާނެ،" ޓްރަމްޕް ވިދާޅުވި އެވެ. އެއަށް ފަހު ޓްރަމްޕް ސުވާލު ކުރަން ފުރުސަތު ދެއްވީ ސީއެންއެންގެ ރިޕޯޓަރު ކެއިޓްލަން ކޮލިންސްއަށެވެ. ނަމަވެސް އޭނާ ޖަންގްއަށް ފުރަތަމަ ފުރުސަތު ދިނެވެ. އަދި ޓްރަމްޕް ޗައިނާއާ ގުޅުވާފައި ޖަންގްއަށް ހާއްސަކޮށް ޖަވާބެއް ދެއްވީ ކީއްވެގެންތޯ އޭނާ ސުވާލު ކުރި އެވެ. ޖަންގް އުފަންވީ ޗައިނާގައި ކަމަށްވީ ނަމަވެސް އޭނާގެ އާއިލާއިން ވަނީ އޭނާގެ އުމުރުން ދެ އަހަރުގައި އެމެރިކާއަށް ހިޖުރަކޮށްފަ އެވެ. އެއަށް ފަހު ޓްރަމްޕް ވަނީ އޭނާ އެ ޖަވާބު ދެއްވީ ވަކި ޖަންގްއަށް ހާއްސަކޮށް ނޫން ކަމަށާއި އެފަދަ ސުވާލެއް ކުރާ އެންމެންނަށްވެސް ދޭނީ އެ ޖަވާބު ކަމަށް ވިދާޅުވެފަ އެވެ. އަދި ސީއެންއެންގެ ރިޕޯޓަރަށް ފުރަތަމަ ދިން ފުރުސަތު ބޭނުން ނުކުރުމުން، އޭނާއަށް ދެން ސުވާލު ނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ކޮލިންސް އަނެއްކާވެސް ސުވާލު ކުރަން މަސައްކަތް ކުރުމުން ޓްރަމްޕް އެންމެންނަށް ޝުކުރު އަދާ ކުރެއްވުމަށް ފަހު ޕޯޑިއަމް ދޫކުރައްވާ ވަޑައިގެންނެވި އެވެ. އޭގެ ސަބަބުން ޓްރަމްޕް އަމަލު ކުރެއްވި ގޮތަށް ފާޑު ކިޔަމުން ބައެއް ފަރާތްތަކުން ވަނީ އެއީ ނަސްލީ ގޮތުންނާއި ޖިންސުގެ ގޮތުން ތަފާތުކޮށް ޓްރަމްޕް ދެއްކެވި ވާހަކައިގެ ގޮތުގައި ސިފަކޮށްފަ އެވެ. އެމެރިކާއަކީ މިހާރު ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމެވެ. އެގައުމުގައި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1.3 މިލިއަން ހުރަސްކޮށް، ބަލީގައި 80،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އެމެރިކާއިން ހަދާފައިވާ ޓެސްޓުތަކުގެ އަދަދު މި ހަފްތާ ތެރޭ 10 މިލިއަނަށް އަރާނެ އެވެ. އަދި އެއީ ކޮންމެ ބޮލަކަށް ޖެހޭ އަދަދުން ދެކުނު ކޮރެއާ ފަދަ ގައުމުތަކާ އަޅާ ބަލާއިރު ދެ ގުނަ އިތުރު އަދަދެއް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ކަމާ ބެހޭ މާހިރުން ވަނީ ދެކުނު ކޮރެއާއިން ދުރާލާ ފުޅާ ދާއިރާއެއްގައި ޓެސްޓުކޮށް، އަވަހަށް ގުދު ފަތި ކުރުމުން ޖުމްލަކޮށް އެހާވަރަށް ޓެސްޓު ކުރަން ނުޖެހުނީކަން ފާހަގަކޮށްފަ އެވެ.
ނޫސްވެރިންނާ ޒުވާބު ކުރައްވައި، ޓްރަމްޕް ކޮންފަރެންސް ކުރުކޮށްލައްވައިފި
ވޮޝިންޓަން (މެއި 12): އެމެރިކާގެ ވައިޓް ހައުސްގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ޒުވާބު ކުރެއްވުމަށް ފަހު އެ ބައްދަލުވުން ކުއްލި ގޮތަކަށް ނިންމަވާލައްވައިފި އެވެ. މިދިޔަ މަހުގެ 27ގެ ފަހުން ޓްރަމްޕް ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ޕްރެސް ކޮންފަރެންސް އިއްޔެ ބޭއްވީ ކޮރޯނާވައިރަހަށް ޓެސްޓު ކުރުމުގައި މިހާރު އެންމެ ކުރީގައި އުޅެނީ އެމެރިކާ ކަމަށް ވިދާޅުވެ އެވެ. އެހެންކަމުން ސީބީއެސްގެ ރިޕޯޓަރު ވީޖާ ޖަންގް ވަނީ ވައިރަހަށް ޓެސްޓު ކުރުމަކީ މުބާރާތެއްގެ ގޮތުގައި ޓްރަމްޕް ދެކިލައްވަނީ ކީއްވެގެންތޯ ސުވާލުކޮށްފަ އެވެ. "ކޮންމެ ދުވަހަކު ވެސް އެމެރިކާގެ އެތައް ބަޔަކު މަރުވަމުންދާ އިރު އަދި ކޮންމެ ދުވަހަކު އިތުރު ކޭސްތައް ފެންނަމުންދާ އިރު ޓެސްޓު ކުރުމަކީ ދުނިޔޭގެ މުބާރާތަކަށް ވަނީ ކީއްވެގެންތޯ؟" ޖަންގް ސުވާލު ކުރި އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވަނީ ވައިރަހުގެ ސަބަބުން މުޅި ދުނިޔެއިން ވެސް މީހުން މަރުވަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ސުވާލު ޗައިނާއާ ކުރަން އަންގަވައިފަ އެވެ. ސީބީއެސްގެ ރިޕޯޓަރު ވީޖާ ޖަންގް (ވ) އަދީ ސީއެންއެންގެ ރިޕޯޓަރު ކެއިޓްލަން ކޮލިންސް -- ފޮޓޯ: ރޮއިޓާސް "މުޅި ދުނިޔެއިން ވެސް މީހުން ދަނީ މަރުވަމުން. އަޅުގަނޑަށް ހީވަނީ ތިޔަ ސުވާލު ކުރަންވީ ޗައިނާއާ ހެން. އަޅުގަނޑާ ކުރާނެ ކަމެއް ނެތް. ޗައިނާ ކައިރީ އަހާ. ޗައިނާއާ ސުވާލު ކުރުމުން ވަރަށް އާދަޔާ ހިލާފު ޖަވާބެއް ލިބިދާނެ،" ޓްރަމްޕް ވިދާޅުވި އެވެ. އެއަށް ފަހު ޓްރަމްޕް ސުވާލު ކުރަން ފުރުސަތު ދެއްވީ ސީއެންއެންގެ ރިޕޯޓަރު ކެއިޓްލަން ކޮލިންސްއަށެވެ. ނަމަވެސް އޭނާ ޖަންގްއަށް ފުރަތަމަ ފުރުސަތު ދިނެވެ. އަދި ޓްރަމްޕް ޗައިނާއާ ގުޅުވާފައި ޖަންގްއަށް ހާއްސަކޮށް ޖަވާބެއް ދެއްވީ ކީއްވެގެންތޯ އޭނާ ސުވާލު ކުރި އެވެ. ޖަންގް އުފަންވީ ޗައިނާގައި ކަމަށްވީ ނަމަވެސް އޭނާގެ އާއިލާއިން ވަނީ އޭނާގެ އުމުރުން ދެ އަހަރުގައި އެމެރިކާއަށް ހިޖުރަކޮށްފަ އެވެ. އެއަށް ފަހު ޓްރަމްޕް ވަނީ އޭނާ އެ ޖަވާބު ދެއްވީ ވަކި ޖަންގްއަށް ހާއްސަކޮށް ނޫން ކަމަށާއި އެފަދަ ސުވާލެއް ކުރާ އެންމެންނަށްވެސް ދޭނީ އެ ޖަވާބު ކަމަށް ވިދާޅުވެފަ އެވެ. އަދި ސީއެންއެންގެ ރިޕޯޓަރަށް ފުރަތަމަ ދިން ފުރުސަތު ބޭނުން ނުކުރުމުން، އޭނާއަށް ދެން ސުވާލު ނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ކޮލިންސް އަނެއްކާވެސް ސުވާލު ކުރަން މަސައްކަތް ކުރުމުން ޓްރަމްޕް އެންމެންނަށް ޝުކުރު އަދާ ކުރެއްވުމަށް ފަހު ޕޯޑިއަމް ދޫކުރައްވާ ވަޑައިގެންނެވި އެވެ. އޭގެ ސަބަބުން ޓްރަމްޕް އަމަލު ކުރެއްވި ގޮތަށް ފާޑު ކިޔަމުން ބައެއް ފަރާތްތަކުން ވަނީ އެއީ ނަސްލީ ގޮތުންނާއި ޖިންސުގެ ގޮތުން ތަފާތުކޮށް ޓްރަމްޕް ދެއްކެވި ވާހަކައިގެ ގޮތުގައި ސިފަކޮށްފަ އެވެ. އެމެރިކާއަކީ މިހާރު ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމެވެ. އެގައުމުގައި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1.3 މިލިއަން ހުރަސްކޮށް، ބަލީގައި 80،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އެމެރިކާއިން ހަދާފައިވާ ޓެސްޓުތަކުގެ އަދަދު މި ހަފްތާ ތެރޭ 10 މިލިއަނަށް އަރާނެ އެވެ. އަދި އެއީ ކޮންމެ ބޮލަކަށް ޖެހޭ އަދަދުން ދެކުނު ކޮރެއާ ފަދަ ގައުމުތަކާ އަޅާ ބަލާއިރު ދެ ގުނަ އިތުރު އަދަދެއް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ކަމާ ބެހޭ މާހިރުން ވަނީ ދެކުނު ކޮރެއާއިން ދުރާލާ ފުޅާ ދާއިރާއެއްގައި ޓެސްޓުކޮށް، އަވަހަށް ގުދު ފަތި ކުރުމުން ޖުމްލަކޮށް އެހާވަރަށް ޓެސްޓު ކުރަން ނުޖެހުނީކަން ފާހަގަކޮށްފަ އެވެ.
ނޫސްވެރިންނާ ޒުވާބު ކުރައްވައި، ޓްރަމްޕް ކޮންފަރެންސް ކުރުކޮށްލައްވައިފި
އަހަރުމެން އެންމެން ވެސް މިތިބީ ލޮކްޑައުންގައި ގޭގައި ބަންދުވެފަ އެވެ. ބޭނުންހާ އިރަކު ބާޒާރަށް ގޮސް ތަކެއްޗެއް ނުގަނެވެ އެވެ. އަދި ފިހާރައަށް ދެވުނަސް ބޭނުންހާ އެއްޗެއް ގަންނާކަށް ނުލިބޭނެ އެވެ. އެކަމަކު އެއާ ނުލާ ނޫޅެވޭނެ އެއްޗިހިތަކެއް އެބަހުއްޓެވެ. ކުޑަކުދިންގެ ނެޕީއާއި، އަންހެނުންގެ ޕީރިއަޑް ދުވަސްތަކުގައި ބޭނުންކުރާ "މެންސްޓްރުއަލް ހައިޖީން ޕްރޮޑަކްޓްސް" އަކީ ކޮންމެހެންވެސް އެއަށް ބޭނުންވާ އަދި އެއާ ނުލާ ނޫޅެވޭނެ ބައެއް ތަކެއްޗެވެ. އެކަމަކު އެ ބާވަތްތައް ގަންނަން ވެސް ދަތި އެބަ ހުއްޓެވެ. އަދި ބާޒާރުން އެތަކެތި ގަންނަން ނުލިބުމުގެ މައްސަލަ އެބަ އޮތެވެ. މިފަދަ ދަނޑިވަޅެއްގައި ކުދިންގެ ނެޕީ، ފޮތި ނެޕީއަށް ބަދަލުކުރެވިދާނެ އެވެ. ނަމަވެސް ޕެޑް، ޓެމްޕޮން، ނުވަތަ މެންސްޓްރުއަލް ކަޕްސް ނުލިބިއްޖެނަމަ ދެންވާނެ ގޮތަކާއި ދޭތެރޭ ވިސްނާލެވިއްޖެ ހެއްޔެވެ؟ ރާއްޖޭގެ ކުޑަ ތިން ވިޔަފާރިއެއްކަމުގައިވާ ޒީރޯ ވޭސްޓް މޯލްޑިވްސް އާއި ޑްރީމާސް މޯލްޑިވްސް އަދި ޕްރީލަވްޑް ގުޅިގެން ހިންގާ ފެހިފަތި އިން މިވަނީ މީގެ ހައްލެއް ހޯދައިދީފަ އެވެ. ކުއްލިއަކަށް ޕީރިއަޑްވެ، އެއްވެސް ވަރަކަށް ޕެޑް އަތުގައި ނެތިއްޖެނަމަ ފެހިފަތިން ބުނަނީ ފޮތިން ތައްޔާރުކުރެވޭ، އެއްފަހަރަށްވުރެ ގިނަ ފަހަރު ބޭނުންކުރެވޭ "ރީޔޫސަބަލް ޕެޑް" އެއް ބޭނުންކުރެވިދާނެ ކަމަށެވެ. ރީޔޫސަބަލް ޕެޑް އެކޭ ހަމައެކަނި ބުނެލުމަކުން އަދި މި އުފެއްދުމުގެ ވާހަކަ ކިޔައިދެވޭނެ ހެނެއް ހިޔެއް ނުވެ އެވެ. ފެހިފަތިން މިވަނީ ވަރަށް ތަފްސީލުކޮށް އަމިއްލަ ގޭގައި ތިބެގެން މި ޕެޑް ހަދާނެ ގޮތްވެސް ކިޔައިދީފަ އެވެ. "ޒީރޯވޭސްޓް އިން ރީޔޫސަބަލް އެއްޗަކަށް މި ބޭނުންކުރަމުން އައީ މެންސްޓްރުއަލް ކަޕް. އެކަމަކު ލޮކްޑައުންގެ ހާލަތަކަށް އައިއިރު، އަޅުގަނޑުމެން އަތަކު އެވަރަށް ސްޓޮކްއެއްވެސް ނެތް. އަދި ރަށްރަށަށް ފޮނުވޭނެ ގޮތެއްވެސް ނެތް. އެހެންވީމަ ލިބެމުން އައި ރިކުއެސްޓް ތަކާއިއެކު ހިތަށް އެރީ އެމީހަކު ތިބި ތަނެއްގައި ތިބެގެން ރީޔޫސަބަލް ޕެޑް އެއް ހަދާނެ ޓިއުޓޯރިއަލްއެއް ދައްކާލަންވީ އޭ" ޒީރޯ ވޭސްޓް މޯލްޑިވްސް ގެ ކޯ ފައުންޑާ މަރިޔަމް ހަމްޝާ ހުސެއިން ބުންޏެވެ. މިގޮތުން އެތަށް ރިސާޗެއް ކުރުމަށްފަހު ލިބުނު އެންމެ ރަނގަޅު ހިޔާލަކަށްވީ ތަފާތު ތިން ލޭޔަރެއް ހިމެނޭ ރީޔޫސަބަލް ޕެޑް އެއް ހެދުމެވެ. ފަހަރެއްގައި ދިވެހިންނާއި ތަންކޮޅެއް ދުރު ކަމެއް ނަމަވެސް، ދެވަނަ ފަހަރަށް ބޭނުންކުރެވޭ އަދި ދޮވެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ޕެޑްތަކަކީ ދުނިޔޭގެ އެހެން ހިސާބުތަކުގައިވެސް ބޭނުންކުރާ އެއްޗެކެވެ. ތަފާތު 3 ފަށަލަ އެއް ހިމެނޭނެ! ޕެޑް ގެ އެންމެ ފުރަތަމަ ފަށަލައަކީ ބެޑްޝީޓް ކޮޓަން، ޓީޝާޓް މެޓީރިއަލް ނުވަތަ ފްލެނަލް އެވެ. ދެވަނަ ފަށަލައަކީ އެބްސޯބަންޓް ލޭޔާރ އެވެ. މި ލިޔޭގައި ބޭނުންކުރަނީ ބޭބީ ބްލެންކެޓް ކޮޓަން އާއި، ތުވާލި، ނެޕީ ޓަވަލްސް، ވޮޝް ކްލޯތްސް ފަދަ ބާވަތްތަކެވެ. އެންމެ ލައިޓްކޮށްނަމަ މީގެ 2 ލޭޔަރ، މެދުމިނެއްނަމަ 4 ލޭޔަރ، ނުވަތަ ގިނައިން ލޭ އަންނަ ފަރާތެއްނަމަ ހަ ލޭޔަރ އަދި ވިހެއުމަށްފަހު ކަމުގައިވާނަމަ 8 ލޭޔަރ ބޭނުންވާނެ އެވެ. އެންމެ ފަހު ލޭޔަރ ގައި ހިމެނެނީ ވޯޓާ ޕްރޫޕް މެޓީރިއަލް އެކެވެ. މިގޮތުން ރެއިންކޯޓާއި، ބޭބީ ބިބްސްއާޢި ފްލީސް ނުވަތަ ވޫލް ބޭނުންކުރެވިދާނެ އެވެ. ދޮންނާނީ ކިހިނެއް؟ ހަމްޝާ އިތުރަށް ބުނީ ޕެޑް ބަދަލު ކުރާއިރު އެންމެ ފުރަތަމަ ފިނި ފެނުން ދޮވެލުމަށްފަހު ޑިޓާޖެންޓާއި އެކީ ރަނގަޅަށް ދޮވެ ސާފުކޮށްލުމަށެވެ. މިގޮތުން އަތުންވެސް ފުރަތަމަ ފަހަރު ދޮވެވިދާނެ އެވެ. އެއަށްފަހު އަވީލާ ހިއްކުމަށްފަހު ދެން މެޝިނުން ދޮވެލާނީއެވެ. ލޭ ހޭކިފައި ހުރުމުން ބައެއް ފަހަރު ލައް އެއްކޮށްނުފިލާ ކޮންމެވެސް ވަރަކަށް ކުލައިގެ އަސަރު ހުރިނަމަވެސް މިފަދައިން ދޮވެލުމުން އެއްކޮށް ސާފުވާނެ ކަމަށް އޭނާ ބުންޏެެވެ. ފެހިފަތި ހިންގަމުން އަންނަ ތިން ވިޔަފާރިއަކީވެސް ތިމާވެއްޓާއި ރަށްޓެހި، އަދި ސަސްޓެއިނަބަލް ދިރިއުޅުމަކަށް ލޯބިކުރާ ބައެކެވެ. މިފަދައިން ހަދާ ޕެޑް ކަމުގޮސްފިނަމަ އެއްފަހަރު ބޭނުންކޮށްފައި އުކާލާކުނިވެސް މަދުވެ. ތިމާވެއްޓާއިވެސް ރަށްޓެހި ގޮތެއް ހިޔާރުކުރެވުނީތާ އެވެ.
ފެހިފަތިން ބުނެދެނީ ގޭގައި ޕެޑް ތައްޔާރު ކުރާނެ ގޮތް!
ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ކަމަށް ބުނެ ދެތިން ހަރުގެ އަޅާލަން 800 މިލިއަން ރުފިޔާ ސަރުކާރުން ހަރަދު ކުރި ކަމަށް ވިދާޅުވެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ސަރުކާރަށް ފާޑު ވިދާޅުވެއްޖެ އެވެ. ކޮވިޑް-19ގެ ހުރިހާ ކަމަކަށް ޖުމްލަ 814 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އައްޑޫގައި ކޮވިޑަށް ޓެސްޓް ކުރެވޭގޮތް ނެތުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން މެމްބަރު ސައީދު ވިދާޅުވީ ދޭއް ނުވަތަ ތިން ހަރުގެއެއް އަޅާލަން 800 މިލިއަން ރުފިޔާ ހަރަދު ކުރުމަކީ ކަންބޮޑުވުމެއް ކަމަށެވެ. "މިއީ ވަކި ސަރުކާރެއް ކިޔާފައި މީގެން ބަރީއަތް ވެވޭނެ ކަމެއް ނޫން. މިމައްސަލަ ބަލަން ޖެހޭ. އެމްއެމްޕީއާރުސީ މައްސަލަވެސް ބަލަން ޖެހޭ. ހަރުގެ ތަކަކަށް 800 މިލިއަން ރުފިޔާ ހަރަދު ކުރި މައްސަލަވެސް ބަލަން ޖެހޭ." މެމްބަރު ސައީދު ވިދާޅުވި އެވެ. ކޮވިޑް 19 އިގެ ހާލަތުގައި ސަރުކާރުގެ ބައެއް ވަޒީރުން އުޅެނީ ވެންޓިލޭޓަރުތަކެއްގެ ފަހަތުން ދުވަން ކަމަށް ސައީދު ވިދާޅުވި އެވެ. "މިއޮއްފަދަ ރަމަޟާން މަހު ވެންޓިލޭޓަރުގެ ބޮޑު ހަނގުރާމައެއް ފެށިގެން ރާއްޖޭގެ ސިޔާސީ މާހައުލުގައި ހިމެނޭ ހުރިހާ ބޭފުޅުން ވެންޓިލޭޓަރެއްގެ ފަހަތުން ދުވާ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ." ސައީދު ވިދާޅުވި އެވެ. ޖުމްލަ 800 އެއްހާ މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަރުގެތަކެއް ސަރުކާރުން އެޅިކަމަށް ސައީދު ވިދާޅުވުމުން ކިނިބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ވިދާޅުވީ 814 މިލިއަން ރުފިޔާ ހަރުގެތަކަކަށް ހަރަދު ކުރީ ކަމަށް ކިޔައި ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ސައީދު ވާހަކަދެއްކި ކަމަށެވެ. "އޭގެ ތަފްސީލަށް ބަލާއިރު 178 މިލިއަނަކީ ކެޕިޓަލް އިކިއުޕްމެންޓް. 398 މިލިއަން އެއީ ސަޕްލައިސްއާއި އިކުއިޓްއަށް. އަދި ގްރާންޓް އެންޑް ކޮންޓްރިބިއުޝަން އެންސްބްސިޑީސްއަށް 110 މިލިއަން. އެހެންވީމަ މިގޮތަށް މީގެ ހުރިހާ ތަފްސީލެއް އެބަހުރި އިނގޭތޯ. އެހެންވީމަ ރައްޔިތުންނަށް ކަނޑައެޅިގެން އޮޅޭ ގޮތަށް އެހެން ވިދާޅުވާ ވިދާޅުވުން އެއީ ގޯހެއް ކަމަށް އަޅުގަނޑު ދެކެނީ." ނާޝިޒް ވިދާޅުވި އެވެ. ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ ހަތެއްގެ ނިޔަލަށް ސަރުކާރުން ކޮވިޑަށް ހޭދަކޮށްފައިވާ ފައިސާގެ އަދަދު 814.2 މިލިއަން ރުފިޔާއަށް އަރަ އެވެ. އެގޮތުން މިދިޔަ ހަފްތާއިން ކޮވިޑަށް ހޭދަކޮށްފައިވާ މިންވަރު ވަނީ އޭގެކުރީ ހަފްތާއާ އަޅާ ބަލާއިރު 22 ޕަސެންޓު އިތުރު އަދަދެއް ކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެ އެވެ. ފިނޭންސް މިނިސްޓްރީއިން ބުނީ ކޮވިޑަށް ކުރާ ހޭދައިގެ 91.5 ޕަސެންޓް ކޮންޓްރިބިއުޓް ކުރަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖެންމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ހެލްތު މިނިސްޓްރީއިން ކަމަށެވެ. އެގޮތުން މިހާރު ހޭދަކޮށްފައިވާ ފައިސާގެ ތެރެއިން އެންމެ ގިނަ ހަރަދެއް ކޮށްފައިވަނީ އެންޑީއެމްއޭ އިންނެވެ. އެ އޮތޯރިޓީއިން މިހާތަނަށް 525.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ހެލްތު މިނިސްޓްރީއިން ހޭދަކޮށްފައިވަނީ 135.7 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ގިނައިން ހޭދަކޮށްފައިވަނީ ޕްލޭނިން އެންޑް އިންފްރަސްޓްރަކްޗާ މިނިސްޓްރީއިންނެވެ. އެ މިނިސްޓްރީއިން ވަނީ 27.9 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.
800 މިލިއަން ރުފިޔާ ހަރަދުކުރީ ހަރުގެތަކެއް އަޅަން: ސައީދު
ނެޓްފްލިކްސްގެ އެންމެ މަގުބޫލު ސްޕެނިޝް ޝޯތަކުގެ ތެރޭގައި ހިމެނޭ "އެލީޓް"ގެ ހަތަރު ވަނަ ސީޒަނެއް އަންނާނެކަމަށް ނެޓްފްލިކްއިން ކަށަވަރުކޮށްދީފިއެވެ. މީގެ ކުރިން މީޑީއާތަކުގައި ވަނީ އެލީޓްގެ ހަތަރުވަނަ ސީޒަނެއް އަންނާނެ ކަމަށާއި އެ ސީޒަން އަންނާނީ އަންނަ އަހަރުތެރޭ ކަމަށް ބުނެފައެވެ. މީޑީއާތަކުގައި އެކި ގޮތަށް ޚަބަރު ފަތުރަމުން އައި ނަމަވެސް އޭރު "އެލީޓް 4"ގެ ހަތަރު ވަނަ ސީޒަނެއް އަންނާނެކަން ނެޓްފްލިސްއިން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ނަމަވެސް ރޭ ނެޓްފްލިކްސް އާއި އެލީޓްގެ އޮފިޝަލް އިންސްޓަގްރާމް ޕޭޖުގައި ވަނީ ސީޒަން ހަތަރެއް އަންނާނެކަން ރަސްމީކޮށް އިއުލާންކޮށްފައެވެ. އެލީޓް 4 އިން ފެނިގެންދާނީ އެރޮން ޕައިޕާ (އެންޑާ)، އޮމަރު އަޔޫސޯ (އޮމަރު)، ޖޯޖިނާ އެމޮރޯސް (ކަޔަޓާނާ) ، އިޓްޒަން އެސްކަމީލާ (ސެމިއުލް)، މިގުއެލް ބެރްނާޑީއޯ (ގުޒްމަން) އަދި ކްރޯޑިއާ ސަލަސް (ރެބެކާ)އެވެ. އެލީޓް ޓީމުން ބުނީ މިހާރު އަތަށް ސްކްރިޕްޓް ލިބިއްޖެ ކަމަށާއި ސްކްރިޓް ވަރަށް ރީތި ކަމަށެވެ. އަދި ހިތަށް ނަރާ ގިނަ ކަންތައްތަކެއް މި ސީޒަނުން ފެނިގެންދާނެ ކަމަށެވެ. ދިވެހިންގެ މެދުގައިވެސް މަގްބޫލް ސީރީޒް "އެލީޓް" ދައްކާނެ ދުވަހެއް އަދި ޝޫޓިން ފަށާނެ ދުވަހެއް އަދި ހާމަކޮށްފައެއްނުވެއެވެ. ނަމަވެސް އަންނަ އަހަރުތެރޭ އެލީޓްގެ ހަތަރުވަނަ ސީޒަން އަންނާނެކަމަށް ބެލެވެއެވެ.
"އެލީޓް 4" އަންނާނެކަން ނެޓްފްލިކްސްއިން ކަށަވަރުކޮށްދީފި
އިތުރު ހަތް މީހަކު މިއަދު ކޮވިޑް-19އަށް ޕޮޒިޓިވްވެ، ރާއްޖެއިން އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 1090އަށް އަރައިފިއެވެ. އެޗްޕީއޭއިން ބުނީ ފަސް ދިވެއްސަކާއި، ބަންގްލަދޭޝްގެ މީހަކާއި، އިންޑިއާ މީހަކާ އެކު އިތުރު ހަތް މީހަކު މިރޭ ކޮވިޑް-19 ޕޮޒިޓިވްވެފައިވާ ކަމަށެވެ. މި މީހުންނާއެކު މިއަދު ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 12 އެވެ. މިއަދު މީގެ ކުރިން ޕޮޒިޓިވްވެފައި ވަނީ ހަތަރު ބަންގްލަދޭޝް މީހުންނާއި ސްރީލަންކާ މީހެކެވެ. ރާއްޖެއިން އެންމެ ގިނައިން ކޮވިޑް-19 ޖެހިފައި ވަނީ ބަންގްލަދޭޝް މީހުންނަށެވެ. ބަންގްލަދޭޝްގެ 562 މީހުން ވައިރަހަށް ޕޮޒިޓިވްވެފައިވެއެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން ދިވެހީންގެ އަދަދަކީ 384 އެވެ. އޭގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ 104 މީހަކުވެސް ޕޮޒިޓިވްވެފައިވެއެވެ.
އިތުރު ހަތް މީހަކު ޕޮޒިޓިވްވެ ރާއްޖޭގެ ޖުމްލަ 1,090 އަށް
ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް އެހީވުމަށް ދޫކުރާ ރިލީފް ލޯނުގެ ތެރެއިން މިހާތަނަށް 73 ކަސްޓަމަރަކަށް 100 މިލިއަން ރުފިޔާ ދޫކޮށްފައިިވާކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ. ރިކަވަރީ ލޯނުގެ ދަށުން ބީއެމްއެލްއިން ފައިނޭންސްކޮށްދިނުމަށް ހަމަޖެހިފައިވަނީ ރިސޯޓްތަކާއި އަހަރެއްގެ މައްޗަށް ވިޔަފާރީގެ އާމްދަނީގެ ގޮތުގައި 10 މިލިއަނަށްވުރެ މަތީ އަދަދެއް ހޯދާފައިވާ ވިޔަފާރިތަކަށެވެ. "ސަން"އިން ކުރި ސުވާލަކާ ގުޅިގެން ބީއެމްއެލްއިން ހިއްސާކުރި މައުލޫމާތުތަކެއްގައި ބުނީ، ބޭންކުން އިވެލުއޭޓް ކުރުމަށްފަހު ފިނޭންސް މިނިސްޓްރިއިން އެޕްރޫވްކޮށްފައިވާ ލޯނުތަކުގެ ތެރެއިން 92 ލޯނާ ގުޅޭ ލިޔުންތައް ތައްޔާރުކޮށް ކަސްޓަމަރުންނަށް ފޮނުވާފައިވާ ކަމަށެވެ. އޭގެ ތެރެއިން ލިޔުންތައް ފުރިހަމަ ކުރުމަށް ފަހު ބޭންކަށް އަނބުރާ ފޮނުވާފައިވާ 73 ކަސްޓަމަރަކަށް އިއްޔެއާ ހަމައަށް 100 މިލިއަން ރުފިޔާ ދޫކޮށް ނިންމާފައިވާ ކަމަށް ވެސް ބޭންކުން ބުންޏެވެ. ލޯނަށް ފައިސާ ދޫކުރުމުގެ މަރުހަލާ ވީހާވެސް އަވަހަކަށް ނިމުމަށްޓަކައި ކަސްޓަމަރުން ބޭންކަށް އަނބުރާ ފޮނުވަންޖެހޭ ލިޔުންތައް އަވަހަށް ފޮނުވައިދިނުމަށް ބޭނުންކުން ވަނީ އިލްތިމާސްކޮށްފަ އެވެ. ރިލީފް ލޯނު ދޫކުރަނީ، އަހަރަކު ހަ ޕަސެންޓްގެ އިންޓްރެސްޓް ރޭޓްގަ އެވެ. މި ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ، ހަ މަސް ފަހުން ކަމަށްވާއިރު، ލޯނު އަނބުރާ ދައްކަން ތިން އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. އަދި ގްރޭސް ޕީރިއަޑްގައި އިންޓްރެސްޓް އަދި ޕްރިންސިޕަލް ޕޭމަންޓް ދައްކާކަށް ނުޖެހޭނެ އެވެ. ރިލީފް ލޯނުގެ އިތުރުން، ބީއެމްއެލްއިން ވިޔަފާރިތަކަށް ދޫކުރާ އެހެން ލޯނުތަކާއި ފައިނޭންސިން ފެސިލިޓީތަކަށް އެދެވޭނެ ކަމަށް ވެސް އެބޭންކުން ބުންޏެވެ. ކޮވިޑް-19 އާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ދަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދިމާވާ ދަތިތަކުން އަރައިގަތުމަށް އެހީވަމުންނެވެ. މިގޮތުން، ބީއެމްއެލް މެދުވެރިކޮށް ނަގާފައިވާ ލޯނުތައް ހަ މަސް ދުވަހަށް ފަސްކޮށްދިނުމާއި، ރާއްޖޭ އިން ބޭރުގައި ދަތިތަކާ ދިމާވެފައިވާ ދިވެހިންނަށް ފައިސާގެ މުއާމަލާތްކުރުމުގައި ލުއިތަކެއް ހޯދައި ދިނުމުގެ ގޮތުން އޭޓީއެމުން ފައިސާ ނެގޭ އަދަދު އިތުރުކޮށް، ދިވެހި ރުފިޔާ އެކައުންޓް މެދުވެރިކޮށް ވެސް ބޭރަށް ފައިސާ ފޮނުވޭ ގޮތްވެސް ވަނީ މަގުފަހިކޮށްދީފަ އެވެ. ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ޖަމާކުކުރުމަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމުގެ ގޮތުން އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރެވޭ އަދަދުވެސް ބޭންކުން ވަނީ އިތުރުކޮށްދީފަ އެވެ.
ބީއެމްއެލްއިން ރިކަވަރީ ލޯން ދޫކުރި އަދަދު 100 މިލިއަން ރުފިޔާއަށް އަރައިފި
ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެތުރެން ފެށި ދުވަސްވަރު ޗައިނާއިން ގެއްލުނު ނޫސްވެރިޔާ ފެނިއްޖެ އެވެ. ޗައިނާގެ ނޫސްވެރިޔާ ލީ ޒެހުއާގެ ހަބަރެއްވީ ދެ މަސް ފަހުންނެވެ. މި ހުރިހާ ދުވަހަކު ފުލުހުން އޭނާ ބެހެއްޓީ ކަރަންޓީނު ކޮށްފައިކަމަށްވެސް ނޫސްވެރިޔާ ބުންޏެވެ. ޗައިނާގެ ވޫހާން ސިޓީއިން ވައިރަސް އެންމެ ފުރަތަމަ ފެތުރެން ފެށީ ދުވަސްވަރު އެކަން ރިޕޯޓްކުރި ތިން ނޫސްވެރިންގެ ތެރޭގައި ލީ ހިމެނެއެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ. އެ ދުވަހު ޔޫޓިއުބަށާއި ޓުވިޓާ އަދި ވެއިބޯއަށް އަޕްލޯޑްކުރި ވީޑިއޯއެއްގައި ބުނީ އޭނަ ކާރު ދުއްވަމުން ދަނިކޮށް ބަޔަކު އޭނާއަށް ފާރަލަމުންދާ ކަމަށެވެ. އަދި އޭނާ އެނބުރި އެޕާޓްމަންޓްއަށް ދިއުމުން ޗައިނާގެ ޕަބްލިކް ސެކިއުރިޓީގެ ބަޔަކު އައިސް އޭނާ ފުލުހުންގެ އިދާރާއަކަށް ހާޒިރު ކުރި ކަމަށް ލީ ބުންޏެވެ. "ބަލި ފެތުރޭ ސަރަހައްދަކަށް އަހަރެން ދިޔަ ކަމަށް ބުނެ ފުލުހުން އަހަރެން ގެންގޮސް ކަރަންޓީނުކުރީ،" ލީ ބުންޏެވެ. ކަރަންޓީނުކޮށްފައި ބެހެއްޓިއިރު އޭނާއަށް ފުލުހުން ވަރަށް ރަނގަޅު ކަމަށާއި އަދި ބަރާބަރަށް ކާންދިންކަމަށްވެސް ލީ ބުނެފައިވެއެވެ. ލީ ވޫހާންއަށް ދިޔައީ އެ ސަރަހައްދަށްދިޔަ އެހެން ނޫސްވެރިއެއްވެސް ގެއްލުމާ ގުޅިގެންނެވެ. މީގެ ކުރިން އޭނާ އަޕްލޯޑް ކުރި ވީޑިއޯތަކުގައި ވަނީ ބަލިޖެހިފައިވާ މީހުންނާ އިންޓަވިއުވެސްކޮށްފައެވެ. އަދި ބަލި ޖެހޭ މީހުންގެ އަދަދު އޮޅުވާލަމުންދާކަމަށްވެސް އޭނާާ ބުނެފައިވެއެވެ. ކޮރޯނާ އެންމެ ފުރަތަމަ ފެތުރެން ފެށި ޗައިނާގެ ވޫހާން ސިޓީގައި ބަލި ޖެހުނު ހުރިހާ އެންމެން މިހާރު ވަނީ ހޮސްޕިޓަލްތަކުން ދޫކޮށްލައިފައެވެ. -- ގާޑިއަން
ކޮރޯނާ ވައިރަސް ފުރަތަމަ ފެތުރެން ފެށި ދުވަސްވަރު ޗައިނާއިން ގެއްލުނު ނޫސްވެރިޔާ ފެނިއްޖެ
އެހެން އަހަރުތަކާއި ހިލާފަށް މިފަހަރުގެ ފިތުރުއީދު ދުވަސް މި ބައްދަލުކުރަނީ ހިތްދަތި އިހުސާސްތަކަކާ އެކު އެވެ. ފަތިހު ފަތިހާ ތެދުވެ ފެންވަރައި، އީދު ހެދުންލައިގެން އެންމެ މީރުވަސް ދުވާ ސެންޓް ޖަހައިގެން އީދު ނަމާދުގެ ބޮޑު ޖަމާއަތަަކަށް މިފަހަރަކު ދެވޭކަށް ނެތެވެ. ނުވިތާކަށް އީދު ނަމާދަށްފަހު މާމަ ތައްޔާރުކުރާ މީރު ބޯކިބާތަކުގެ ރަހަ ބަލާލަން އެގޭދޮށަށް ދެވޭނެ ނަސީބެއް ވެސް ނެތެވެ. ގެއިން ބޭރަށް ނުދެވި، ގާތްތިމާގެ މީހުންނާއި އަދި އެކުވެރިންނާއި އީދު ސަލާން ގަލާން ކުރުމުގެ ފުރުސަތުވެސް މިފަހަރު މިއޮތީ ބަންދުވެފަ އެވެ. އެކަމަކު، އިސްލާމީ މި ރިވެތި އާދަތަކުގެ ތެރޭގައި ހިމެނޭ އީދު ސަލާން ކުރުން އެއްގޮތަކަށްވެސް ދޫކޮށްގެން ނުވާނެ އެވެ. ލޮޓަސްގެ އެހީތެރިކަމާއިއެކު "ސަން" އިން މިވަނީ ރާއްޖޭގެ ހުރިހާ ކުޑަކުދީންނަށް އީދު ތަހުނިޔާ ކިޔުމުގެ ފުރުސަތު "ވާޗުއަލްކޮށް" ހުޅުވާލާފަ އެވެ. އަމިއްލަ ގޭގައި ތިބެގެން ބޭނުން ކޮންމެ މީހަކަށް އީދުމުބާރިކް ކިޔައިގެން ހާއްސަ ގިފްޓް ހެމްޕާއެއް ހޯދަންވީ އެވެ. "އީދުސަލާންގަލާން" ނަމުގައި ކުރިއަށްގެންދާ މި ހާއްސަ ހަރަކާތަކީ ގޭގައި ތިބެގެން ފާހަގަކުރަންޖެހިފައިވާ މި އީދުގައި ކުޑަކުދިން ބައިވެރިކޮށް އެކުދިންގެ ހިތް އުފާކުރުވުމުގެ ގޮތުން ކުރިއަށް ގެންދެވޭ ހާއްސަ ހަރަކާތެކެވެ. ބައިވެރިވާނެ ގޮތް މި ހަރަކާތް ހާއްސަކުރެވިފައިވަނީ އުމުރުން ތިން އަހަރާއި 11 އަހަރާއި ދެމެދުގެ ކުޑަކުދީންނަށެވެ. އެހެންކަމުން މި އުމުރުފުރައިގެ ކޮންމެ ކުއްޖެއްވެސް، އާއިލާގެ މެންބަރުންނަށާއި، ރަހުމަތްތެރިންނަށްވިޔަސް އީދު މުބާރިކް ކިޔާލާ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ނަގައި ފޭސްބުކް، އިންސްޓަގްރާމް ނުވަތަ ޓްވިޓާގައި ޕޯސްޓްކޮށްލަންވީ އެވެ. ކުރާ ޕޯސްޓްތަކުގައި ކޮންމެހެންވެސް #EidSalaanGalaan އަދި #SunFitrEid2020 މި ހޭޝްޓެގް ހިމަނާލަންވާނެ އެވެ. ޕޯސްޓްތައް ބަލައިގަތުން ކުރިއަށްދާނީ މޭ، 25، 2020ގެ މެންދަމު 12:00އާ ހަމައަށެވެ. ތަފާތު، ސަޅި ގޮތަކަށް ކުދިން ލައްވާ އީދު މުބާރިކް ކިޔުއްވަން އަވަހަށް މަސައްކަތް ފަށާށެވެ. މި މަސައްކަތުގައި "ސަން"އާ އެކީގައި ބައިވެރިވާ މަޝްހޫރު ވިޔަފާރި ލޮޓަސްއަކީ ކުޑަކުދިންނަށާއި އަދި އެކިއުމުރުފުރާތަކުގެ މީހުންނަށް ބޭނުންވާނެ ހާއްސަ ޕްރޮޑަކްޓްތަކެއް ރާއްޖޭގެ މާކެޓްގައި ހޯލްސޭލްކޮށް އަދި ރީޓެއިލްކުރާ ކާމިޔާބު ވިޔަފާރިއެކެވެ. ދިވެހިންނަށް ކުރިމަތިވާ ހިތާމަވެރި އަދި އުފާވެރި ކޮންމެ ދަނޑިވަޅެއްގައިވެސް އަހަރެމެންނާއި ނުހަނު ގާތުގައިވާ ލޮޓަސް އިންވަނީ، ކޮވިޑް-19 ގެ މިހާލަތުގައިވެސް ބޮޑެތި އެހީތަކެއް އެކިގޮތްގޮތުން ވެދީފަ އެވެ. އީދު ސަލާން ގަލާން މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުން ކުރައްވާ ޕޯސްޓްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 20 ކުއްޖަކަށް ލޮޓަސްގެ ފަރާތުން ވަރަށް ހާއްސަ ގިފްޓް ހެމްޕާއެއް ލިބޭނެ އެވެ. އެހެންވެ، ލަސްކުރަންވީ އެއްވެސް ސަބަބެއް ނެތެވެ. އަވަހަށް ދަރިންނާއި، ކޮއްކޮމެން އެއްކޮށް އީދު ސަލާންގަލާން ކިޔާލަން ތައްޔާރުވާށެވެ. ހުރިހާއެންމެންނަށްވެސް އަހަރެމެންގެ ފަރާތުން އެޑްވާންސްކޮށް އީދު މުބާރިކެވެ!
ސަންގެ އީދު ސަލާން ގަލާން: ލޮޓަސްއިން ހަދިޔާއެއް!
ރައިސުލްޖުމްހޫރިއްޔާ ކަން ކޮށްފައިވާ ބޭފުޅުންނަށް ދައުލަތުން ދެމުން އަންނަ އިނާޔަތް މުރާޖައާ ކުރުމަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ފިނޭންސް މިނިސްޓްރީން ބުނީ ކުރީގެ ރައީސުންނަށް ދޭ އިނާޔަތް މުރާޖައާ ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ ހަފްތާގައި ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ. ކޮވޮޑް-19 ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސޯދީ އަދަވަޅުން އަރައިގަތުމަށް ދައުލަތުން ބޮޑެތި މުސާރަ ދޭ ފަރާތްތަކުގެ މުސާރަތައް ވަނީ ކުޑަ ކޮށްފަ އެވެ. އެގޮތުން 20 އިންސައްތަ އާއި 30 އިންސައްތަ އަށް މުސާރަ ކުޑަ ކުރި ނަމަވެސް ސިވިލް ސާވިސްގެ އާދައިގެ މުވައްޒަފެއް އަދި ފްރަންޓްލައިންގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަަފެއްގެ މުސާރަ ކުޑަ ނުކުރާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. ކުރީގެ ރައީސުންނަށް ދޭ އިނާޔަތް: މާލީ އިނާޔަތް: 75،000 ރުފިޔާއެކޮމޮޑޭޝަން: 10،000އޮފީސް ހިންގުމަށް: 87،000 ކުރީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ވެސް ވަރަށް ބޮޑު އަދަދެއް އެކި އިނާޔަތުގެ ގޮތުގައި ދައުލަތުން އަންނަނީ ކޮންމެ މަހަކު ހޭދަކުރަމުންނެވެ. އެގޮތުން އެބޭފުޅުންގެ މާލީ އިނާޔަތާއި އޮފީސް ހިންގުމުގެ ހަރަދު އަދި ބޭސްފަރުވާއަށް 15 މިލިއަން ރުފިޔާ ވަނީ ބަޖެޓްކޮށްފަ އެވެ.
ކުރީގެ ރައީސުންނަށް ދޭ އިނާޔަތް މުރާޖައާ ކުރުމަށް މަޖިލީހަށް ހުށަހަޅައިފި
މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް އާ ގުޅިގެން ވަޒީފާއަށް އެއްވެސް ކަހަލަ ބަދަލެއް އައިސްފައިވާ ފަރާތްތަކުން ޖޮބް ސެންޓަރަށް ރިޕޯޓުކުރުމަށް ހާއްސަ ހޮޓަލައިނެއް ގާއިމުކޮށްފިއެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ ޖޮބް ސެންޓަރުގައި ރިޕޯޓު ކުރުމަށް އެހީތެރިކަން ބޭނުންވާނަމަ ޖޮބް ސެންޓަރުގެ ކޯލް ސެންޓަރުގެ ނަންބަރު 1475 އަށް ގުޅުމަށް އެދޭކަމަށެވެ. ކޯލް ސެންޓަރު ހުުޅުވިފައި ހުންނާނީ ކޮންމެ އާދީއްތަ ދުވަހުން ބުރާސްފަތި ދުވަހެއްގެ ހެނދުނު 10:00 ން މެންދުރުފަހު 3:00 އަށެވެ. ވަޒީފާއިން ވަކިކުރާ ހުރިހާ މުވައްޒަފުންވެސް ޖޮބްސެންޓަރުގައި ރަޖިސްޓްރީވުމަށް ސަރުކާރުން އިލްތިމާސްކޮށްފައި ވާއިރު މިހާތަނަށް 1300 އެއްހާ މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވިއެވެ. އޭގެ ތެރޭގައި ވަޒީފާއިން ވަކިކުރި މީހުންނާއި، ނޯޕޭ ލީވަށް ފޮނުވާލި މީހުންނާއި މުސާރަ ކުޑަކުރި މީހުން ވެސް ހިމެނެއެވެ. މިނިސްޓަރު ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން ދިމާވަމުން އަންނަ ދަތިކަމުގައި ވަޒީފާ ގެއްލޭ ފަރާތްތައް ޖޮބް ސެންޓަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލީ އީފާސް ރެޖިސްޓްރޭޝަން ޕްރޮސެސް އެއްގެ ދަށުން ކަމަށް ވުމުން، ބައެއް މީހުންނަށް އެކަމުގައި ދަތިތަކެއް ކުރިމަތިވި ކަމަށެވެ. ކޯލް ސެންޓަރެއް ގާއިމުކޮށްފައި ވަނީ އެފަދަ ދަތިތައް ފަސޭހަކުރުމަށެވެ. ކޮވިޑް19 އާ ގުޅިގެން ވަޒީފާ ގެއްލުނު ފަރާތްތަކަށް، ތިން މަސް ދުވަހު، މަހަކު 5000 ރުފިޔާ ދޭން ސަރުކާރުން ވަނީ ނިންމައިފައެވެ.
ޖޮބް ސެންޓަރަށް ރިޕޯޓުކުރަން ހޮޓްލައިނެއް ގާއިމުކޮށްފި
ޗުއްޓީއެއް ލިބޭއިރަށް ފޮއްޓަށް އެއްޗެހި އަޅައިގެން ކޮންމެވެސް ދިމާއަކަށް ނައްޓައިލުމަކީ ދިވެހިންގެ ކަށީގައި ހިފާފައި ހުންނަ ކަމެކެވެ. ހަފްތާ ބަންދާ ވިދިގެން އެއްދުވަސް ޗުއްޓީއަށް ލިބުނަސް ކައިރި ގައުމަކަށް ނޫނީ ކޮންމެވެސް ރަށަކަށް ދާނެ އެވެ. އާއިލާއާއެކު ނުވަތަ ރައްޓެހިންނާއެކު ކޮންމެވެސް މަޖާގަނޑެއް ނަގަން ކަމެއް ރާވާލާނެ އެެވެ. އެކަމަކު ކޮވިޑް-19އާ އެކު ގޭގައި ބަންދުވެ ތިބެން ޖެހުމުން މިއީ ގިނަ ބައެއްގެ ހަޔާތުގައި އަންނަ އެންމެ ތަފާތު އީދެވެ. އެތައް ހަނދާންތަކެއް އާކޮށްދޭނެ އީދެކެވެ. މިފަހަރުގެ އީދުގައި އަހަރުމެން އެންމެ މިސްވާނީ ކޮންކޮން ކަންތައްތަކެއް ހެއްޔެވެ؟ އީދު ދަތުރާއި ރަށަށް ދިޔުން ކޮންމެ އަހަރަކުވެސް ކުޑައީދާ ދިމާކޮށް އެންމެ ބާރުބޮޑުވަނީ ރަށްރަށުގެ ގެސްޓްހައުސްތަކަށެވެ. ލޯންޗު ފެރީ އާއި ޑޮމެސްޓިކް އެއާޕޯޓުތަކާއެކު ދަތުރުފަތުރުގެ ކަންތައް ފަސޭހަވެ، ދާން އެންމެ ބޭނުން ދިމާއަކަށް ނައްޓާލަ އެވެ. ކުރިން ގާތް އެކުވެރިން ނޫނީ ތިމާގެ މީހަކު ހުންނަ ރަށަކަށް ދިޔަ ނަމަވެސް މި ފަހުން އަބަދުވެސް ބަލަނީ މީގެ ކުރިން ނުދާ ރަށަކަށްގޮސް، އެރަށުގައި ހުންނަ ހާއްސަ ކަންތައް ބަލައިލެވޭތޯ އެވެ. އާންމުކޮށް އީދު ޗުއްޓީ އާއި "ލޯންގް ވީކެންޑްސް"އާ ދިމާކޮށް އެންމެ ބާރުބޮޑު ވަނީ މާލެ އަތޮޅާއި ބ އަތޮޅު އަދި އއ، އދ އަތޮޅުގެ އިތުރުން ވ. އަތޮޅުގައި ހިންގާ ގެސްޓްހައުސްތަކަށެވެ. ނޫނީ އެންމެ ގަދަޔަށް އީދު ކުޅިވަރު އޮތް ރަށެއް ބަލައިގެން ދާނީ އެ ރަށަކަށެވެ. މީގެ ކުރިން އީދު އަންނަންވާއިރަށް އަވަހަށް ބުކިންގްސް ހަދައި ދަތުރަށް ތައްޔާރުވި ނަމަވެސް މިއަހަރުގެ އީދު ހޭދަކުރަން ޖެހިފައި މިއޮތީ ގޭގައި ތިބެގެންނެވެ. ކޮވިޑް19 ގެ ސަބަބުން ގެސްޓްހައުސް ވިޔަފާރި އެއްކޮށް ހުއްޓިފައި އޮތްއިރު ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން ވެސް އޮތީ މަނާވެފަ އެވެ. މާފުށީގައި ހިންގާ ކާނި ހޮޓެލް -- ފޮޓޯ: ޓްރިޕް އެޑްވައިޒާ މިއާއެކު މިފަހަރުގެ ފިތުރު އީދުގައި އެންމެ ބޮޑު ފަޅުކަމެއް އަންނާނީ ރާއްޖޭގައި ހިންގާ ގެސްޓްހައުސްތަކަށެވެ. ގެސްޓްހައުސްތަކަށް ލިބޭ އާމްދަނީ އަށް އަންނަ ހީނަރުކަމުގެ އިތުރުން ރަށްރަށަށް ގޮސް މަޖާކޮށްލާ، އެރަށްރަށުގެ ތާރީހީ ކަންތައް ހޯދާ ބަލާ، ރަށުގެ ރައްޔިތުންނާއެކު އީދު ފާހަގަ ކޮށްލުންވެސް މިއަހަރު ވަރަށް މިސްވާނެ އެވެ. އީދާ ދިމާކޮށް އެކި ދިމަދިމާއިން މީހުންތައް ގޮސް ފުރާލާ ރަށްރަށުން އެ ފަޅުކަން އިހުސާސް ކުރާނެ އެވެ. ކޮވިޑް19 ޖެހިފައިވާ މީހަކު މާލެއިން ފެނުމާ ގުޅިގެން، 24 ގަޑިއިރަށް މާލެ ސަރަހައްދު ބަންދުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ އީދަށް ހާއްސަކޮށް އުފަން ރަށަށް ދާ މީހުންނަށްވެސް މިއަހަރު މި ފަޅުކަން އަންނާނެ އެވެ. ކޮވިޑާ ގުޅިގެން ރަށްރަށަށް ދަތުރުކުރުމުގައި ގެންގުޅޭ ހިފެހެއްޓުންތަކާއެކު މާލޭގައި ދިރިއުޅޭ މީހުން އެހެން ރަށަކަށް ދާނަމަ 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަކުރަންޖެހޭއިރު، އީދު ވިލޭރޭ ފުރައިގެން އީދު ނަމާދު ކުރަން ރަށަށް ދާ ދިޔުންވެސް މިއަހަރު މިސްވާނެ އެތައް ބަޔަކު ތިބޭނެ އެވެ. އީދަށް ރަށަށް ދާން ކުރިއާލާ ޓިކެޓު ބުކްކުރި އެތައް ބަޔަކު ތިބީ މާޔޫސްކަން މަތީ އެވެ. ދަތުރުތައް ހުއްޓި މިހާލަތުގައި ތިބެންޖެހިފައި މިތިބީ އެމީހަކު ތިބިތަނެއްގައި ބަންދުވެގެންނެވެ. 1439 ވަނަ އަހަރުގެ ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތް -- ސަން ފޮޓޯ/ މުހައްމަދު އަފްރާޙް އީދު ނަމާދާއި އާއިލީ ސައި އީދު ނަމާދަށްފަހު އާއިލާ އާއި ރައްޓެހިންނާއެކު އީދު ސައި ބުއިމުގެ އާދައަށްވެސް މިފަހަރު ބަދަލު އަންނާނެ އެވެ. ބަލިމަޑުކަމާއެކު ގައިދުރުކުރުންް އިސްކުރަންޖެހި ކުރީ އަހަރުތައް ފަދައިން މަޖާކޮށް އެންމެން އެކީ ބޮޑު ޖަމާއަތުގައި ސައިބުއިމުގެ ކަންތައް މިއަހަރު ކުރިއަށް ނުގެންދެވިދާނެ އެވެ. އީދު ނަމާދަށް ފަހި މާމަ އަޅާ ބޯކިބަލާ އެކު ސައި ބޯން އެދާ ދިޔުން ދެން މިސްވާނެ އެވެ. އެކަމަކު ފޯނުން ގުޅާލާ، އީދުގެ ތަހުނިޔާ ކިޔާލާ އެކުވެރިކަމާއި ގުޅުން ބަދަހި ކޮށްލުމަކީ ކުރަންވާނެ ކަމެކެވެ. ބީއެމްއެލް އިން ބޭއްވި އީދު ސައި -- ފޮޓޯ: ބީއެމްއެލް ކޮވިޑް19 އާއެކު މިއަހަރުގެ ރޯދަ މަސްވެސް ނިމިގެން މިދިޔައީ ގިނަ އާދަތަކެއް ބަދަލު ކުރުވައިފަ އެވެ. ޖަމާއަތުގައި ނަމާދު ކުރުމާއި ތަރާވީހު ކުރުން، އާއިލާ އާއެކު ރޯދަވީއްލުމާއި އާއިލީ ގޭގެއަށް ތަށިބަރި ގެންދިޔުން އަދި ރޯދަ ކުރުކުރަން ޖަހާ ބުރުތަކާއި މަޑިއެއްލަން ދިޔުމާއި ރެސްޓޯރެންޓުތަކަށް ގޮސްް ރޯދަ ވީއްލުންފަދަ އެތައް ކަމެއް ކޮށްލަން މިފަހަރު ފުރުސަތެއް ނުލިބުނެވެ ރޯދަ އަށް ހާއްސަކޮށްގެން މީގެ ކުރިން ބާއްވާ އެއްވެސް ކުޅިވަރު މުބާރާތެއްވެސް ކުރިއަކަށް ނުގެންދެ އެވެ. ގޭގައި ތިބެގެން، ވީހާވެސް ހަރަދު ކުޑަކޮށް ނިންމާލި މި ރޯދަމަހާއެކު އަންނަ އީދުވެސް ވަރަށް ތަފާތެވެ. ޒަމާނުއްސުރެ ގެންގުޅުނު އެތައް އާދައެއް މިފަހަރު ބަދަލުވެއްޖެ އެވެ. އީދު ދުވަހަށް ވިޔަފާރި ކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ އީދު ހެނދުން ގަތުމާއި އީދު ފެންކުޅި އީދަށް ބާޒާރު ކުރުމާއި ނަލަހެދިގެން ބޭރަށް ނިކުތުންވެސް ނޯންނާނެ އެވެ. ޒަމާންތަކެއް ވިޔަސް ދިވެހިންގެ ބަދަލު ނުވާ އާދައަކީ އީދު ހެނދުން ގަތުމެވެ. އީދަށް ކޮންމެވެސް ފިހާރައަކަށް ގޮސް، ދަރިންނާއި އާއިލާގެ އެންމެންނަށް ކަހަލަ ގޮތަކަށް ހެނދުން ގަންނާނެ އެވެ. އީދު ވިލޭރޭ ހެނދުން ވިއްކާ ފިހާރަތައް އޮންނާނީ ތޮއްޖެހިފަ އެވެ. އެކަމަކު ހެނދުން ވިއްކާ ފިހާރަތައް މާލޭގައި ހުރީ ބަންދުކޮށްފަ އެވެ. މިއީ އެ ފިހާރަތަކަށް ވެސް ފަޅު އީދެކެވެ. ގދ. ތިނަދޫގައި މީގެ ކުރީ އީދެއްގައި ފެންކުޅި ކުޅެނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ އީދު ކުޅިވަރުތައްވެސް ބޭއްވޭކަށް ނެތެވެ. މާލި ނެރުމާއި ފެންކުޅި އާއި ކޯޑި ކެނޑުމާއި ދިވެހީންގެ ތެރެއިން އެންމެން ވެސް މި ފަހުން މަޖާ ނަގައި ކުލަ ޖެހުމާއި ފެން ކުޅި ވެސް މިފަހަރު ނޯންނާނެ އެވެ. އަދި ސްޓޭޖް ޝޯތައް ވެސް ނޯންނާނެ އެވެ. ބަލި ނެތް ރަށްރަށުގައިވެސް ރައްކާތެރިކަމުގެެ ފިޔަވަޅުތައް އަޅާފައިވާތީ މީހުން އެއްވެގެން ހިންގާ އެއްވެސް ކުޅިވަރެއް ނުވަތަ ހަރަކާތެއްވެސް ނުފެންނާނެ އެވެ. މިއީ ހަޔާތުގައިވެސް މީގެ ކުރިން ނުފެންނަވަރުގެ ފަޅު އީދަކަށް ވާނެ އެވެ. އެންމެންގެ އުއްމީދަކަށް އޮތީ މި ބަލިމަޑުކަމުން އަރައިގަނެވި، ކުރިއަށް އޮތް އަޟްހާ އީދުގެ އުފާ ރައްްޓެހިންނާއި އާއިލާ އާއެކު ހާސިލުކުރުމެވެ. އަދި ރަނގަޅުވާނެ އެވެ.
އީދުގެ ފޮނިފޮނި ހަނދާންތަކެއް، ހާދަ މިސްވެޔޭ!
އެމެރިކާގެ ރިޔާސީ ގެކޮޅު، (ވައިޓްހައުސް) ގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވުމުން އެ އޮފީހުގެ ހުރިހާ މުވައްޒަފުން މާސްކް އެޅުމަށް އަންގައިފި އެވެ. ވައިޓްހައުސްގެ ޕާޒަނަލް އޮފީހުން ބުނެފައިވާ ގޮތުގައި މީގެ ފަހުން ވައިޓްހައުސްގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ވެސް އެ މުވައްޒަފެއްގެ މޭޒު ފިޔަވާ އެހެން ހުރިހާ ތަނެއްގައި މޫނު ނިވާ ކުރަން ޖެހޭނެ އެވެ. އަދި އޮފީހުގައި މަސައްކަތް ކުރުމުގައި އެކަކު އަނެކަކާ ވީހާވެސް ގަޔާ ދުރުން މަސައްކަތް ކުރުމަށް ވަނީ ލަފާ ދީފަ އެވެ. ވައިޓްހައުސްގެ އެލާޓް މަތިކޮށް ސެކިއުރިޓީ ވަރުގަދަކޮށްފައި ވަނީ މިފަހުން ނައިބު ރައީސް މައިކް ޕެންސްގެ ޕްރެސްގެ ސެކްރެޓަރީ ކޭޓީ މިލާއާއި، ރައީސް ޑޮނާލްޑް ޓްރަމްޕުގެ ޕާޒަނަލް ސެކެޓްރީއެއް ވައިރަހަށް ޕޮޒިޓިވްވުމުންނެވެ. އެކަމާ ވިދިގެން ވައިޓްހައުސްގައި މަސައްކަތް ކުރަމުންދާ ބައެއް މުވައްޒަފުން މިހާރު އެކަހެރި ކޮށްފައިވާ އިރު އޭގެ ތެރޭގައި ކޮރޯނާ ވައިރަހުގެ ކަންކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެމެރިކާގެ އިސް އެޕިޑޮމިލޮޖިސްޓް، ޑރ. އެންތޮނީ ފައުޗީ ހިމެނެ އެވެ. ވައިޓްހައުސްގެ އެލާޓް މަތިކޮށް ރައްކާތެރިކަމުގެ ފިޔަވަޅު ކޮންމެހެން ވެސް އަޅަން ޖެހޭ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. "ވައިޓްހައުސްއަށް ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ ބަޔަކު ވަދެ ނުކުމޭ. އެހެންވީމަ ވައިރަސް މިތަނަށް ވަނުން މިވަނީ ވަރަށް ބޮޑަށް ކޮންޓެއިން ކުރެވިފައި،" ވައިޓްހައުސްގެ ރޯޒް ގާޑެންގައި ގައުމާ މުޙާތަބު ކުރައްވަމުން ޓްރަމް ވިދާޅުވި އެވެ. ވައިޓްހައުސްގައި ޓްރަމްޕްއާއި އެންމެ ގާތުން މަސައްކަތް ކުރާ ސީނިއާ އޮފިޝަލުން ދުވާލަކު އެއްފަހަރު ވައިރަހަށް ޓެސްޓް ކުރަން ޖެހޭ ކަމަށް ވައިޓްހައުސްއިން ވަނީ މީގެ ކުރިން ބުނެފަ އެވެ. ނަމަވެސް ޓްރަމްޕް ގައުމާ މުހާތަބު ކުރެއްވި އިރު މާސްކް އަޅުއްވާފައި ނުވުމުން ގިނަބަޔަކު ވަނީ ފާޑުކިޔައިފަ އެވެ. އެ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ޓްރަމްޕް ވިދާޅުވީ އޭނާ މާސްކް ނޭޅުއްވީ އެއްވެސް މީހަކާއި ކޮންޓެކްޓް ނުވާކަން ޔަގީންވާތީ ކަމަށެވެ. މީގެ އިތުރުން ޓްރަމްޕުގެ ދަރިކަނބަލުން، އިވަންކާ ޓްރަމްޕުގެ ޕާޒަނަލް އެސިިސްޓަންޓް ވެސް ވަނީ ދާދި ފަހުން ވައިރަހަށް ޕޮޒިޓިވް ވެފަ އެވެ. އެކަމަކު އިވަންކާގެ އެސިސްޓަންޓް މިހާރު އޭނާއާ ދިމާ ނުވާތާ ދެތިން ހަފުތާ ވެފައިވާ ކަމަށާއި، އޭނާ މަސައްކަތް ކުރަނީ ވެބް-ބޭސްކޮށް ކަމަށް ރިޕޯޓްތަކުން ބުނެ އެވެ. މިކަމުގެ ސަބަބުން އިވަންކާ އާއި އޭނަގެ ފިރިކަލުން ޖެއާޑް ކެޝްނާ ވަނީ ވައިރަހަށް ޓެސްޓް ކޮށްފަ އެވެ. އެގޮތުން ހުކުރު ދުވަހު ކުރި ޓެސްޓްތައް ވަނީ ނެގެޓިވްވެފައި ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ. އެމެރިކާގެ ސަރުކާރުން ވަނީ އެގައުމުގެ ރައްޔިތުންނަށް ބޭނުންވާ ޓެސްޓ ކުރުމުގެ ޓާގެޓު ހާސިލް ކުރުމަށް 11 ބިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައަޅާފަ އެވެ. އެ ގައުމުގައި މިހާތަނަށް ވަނީ 1.38 މިލިއަން މީހުން ޕޮޒިޓިވްވެ 81،378 މީހުން މަރުވެފަ އެވެ.
ވައިޓް ހައުސްގެ ހުރިހާ މުވައްޒަފުން މާސްކް އެޅުމަށް އަންގައިފި
ޓީވީ އެކްޓަރު މަންމީތު ގްރޭވާލް 32، މަރުވެއްޖެއެވެ. "އާދަތް ސޭ މަޖްބޫރު" ފަދަ މަޝްހޫރު ޓީވީ ސިލްސިލާ ކުޅުނު މަންމީތު މަރުވީ އަމިއްލައަށް ކަމަށް ޚަބަރުތައް ބުނެއެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ އޭނާ މަރުވެފައިވާކަމަށް އޭނާގެ އާއިލާއާ ގާތް ފަރާތެއްކަމަށްވާ ޕްރޮޑިއުސަރު މަންޖީތު ސިންހް ރާޖްޕުތް ބުނެފައިވެއެވެ. އޭނާ ބުނީ މަންމީތު މަރުވިއިރު އޭނާ ޑިޕްރެޝަން ތަހައްމަލު ކުރަމުންދާ ކަމަށެވެ. އަދި ލޮކްޑައުންގެ ސަބަބުން އާމްދަނީ ހޯދޭނެ ގޮތެއް ތަނަވަސްވެފައި ނެތުމުން އޭނާއަށް ވަރަށް ބޮޑެތި ފައިނޭންޝަނަލް މައްސަލަތަކެއް ދިމާވެފައިވާކަމަށެވެ. މަންޖީތު ބުނީ އެރޭ މަންމީތު ކެއުމަށް އެއްޗެއް ހެދުމަށްފަހު ކުއްލިއަކަށް ކޮޓަރިއަށް ވަދެ ތަޅުލީ ކަމަށެވެ. ބަދިގެ ތެރޭ ހުރި މަންމީތުގެ އަންހެނުންނަށް ގޮޑިއެއް ވެއްޓޭ އަޑު އިވުމުން ދުވެފައި ގޮސް ކޮޓަރި ހުޅުވިއިރު މަންމީތު ހުރީ ދަންޖެހިފައި ކަމަށެވެ. މަންމީތުގެ އަންހެނުންގެ ހަޅޭކުގެ އަޑަށް އަވަށްޓެރި ގޭތަކުން މީހުން އައި ނަމަވެސް އެމީހުންނަށް އެހީ ނުވެ ވީޑިއޯ ކުރުމައިގެން އުޅުނު ކަމަށްވެސް މަންޖީތު ބުންޏެވެ. "އަވަށްޓެރިން ހީކުރީ މަންމީތު އަށް ހުރީ ކޮވިޑް ޖެހިފައި ކަމަށް. އޭރު އޭނާގެ އަންހެނުންވެސް ބުނި ކޮވިޑް ޕޭޝަންޓެއް ނޫނޭ އެއީ. އެކަމަކު އެކަކުވެސް އެވާހަކަތަކެއް ގަބޫލެއް ނުކުރި. އެމީހުން ބޭނުމެއްނުވި މަންމީތު ގައިގައި އަތްލާންވެސް،" މަންޖީތު ބުންޏެވެ.
ޓީވީ އެކްޓަރު މަންމީތު މަރުވެއްޖެ
ދިވެހިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ކޮމެޑީ "ސަޅިބައިސާ" އަދި ޓެލެޑްރާމާ "ކައްތިރި" ބައިސްކޯފުން ސްޓްރީމްކުރަން ފަށައިފި އެވެ. މުނިފޫހިފިލުވުމުގެ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނެސްދިން ބައިސްކޯފުން މިހާރު ސަޅިބައިސާ ދައްކަން ފަށާފައިވާއިރު މިއީ ސަޅިބައިސާ ނުބެލި ތިބި މީހުންނަށް އެ ބަލައިލަން ލިބުނު ރަނުގެ ފުރުސަތެކެވެ. ދިވެހީންގެ ތެރޭގައި މަޝްހޫރުވެގެން ދިޔަ "ސަޅިބައިސާ" ޑައިރެކްޓްކުރީ ކުޅަދާނަ ޑައިރެކްޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ)އެވެ. ސަޅިބައިސާ އިން ފެނިގެންދަނީ އެކްޓަރު އަހްމަދު ނިމާލު ނުވަތަ މަޝްހޫރު ނަމުންނަމަ ބިރުކުޑަ އަލީ ގެ މޮޅެތި ވާހަކަތަކެވެ. ނިމާލުގެ ސަޅިބައިސާ ބައިސްކޯފުން ސްޓްރީމް ކުރަން ފަށާފައިވާއިރު ޓީވީއެމްއިން ގެނެސްދިން ޑްރާމާ "ކައްތިރި" ވެސް މިހާރު ބައިސްކޯފުން ބަލައިލެވޭނެ އެވެ. މި ޑްރާމާތައް ބެލި މީހުން ވެސް އަދި އެއްފަހަރު މި ބަލައިލާ ހަނދާން އާކޮށްލުން ރަނގަޅުވާނެ އެވެ.
ސަޅިބައިސާ އާއި ކައްތިރި ބަލައިލަން ހިނގާ
ކޮވިޑް19 އަށް ފަހު ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލުމުގެެ ކުރިން ޗައިނާ ޓްރެވަލް ޓްރޭޑުން ތަމްރީނު ކުރުމަށް ހާއްސަ ވެބިނާ އެއް ފަށައިފިއެވެ. އެމްއެމްޕީއާރުސީ އިން ބުނީ ރާއްޖެ އަކީ ޗަައިނާގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް އެންމެ އެކަށޭނަ މަންޒިލުގެ ގޮތުގައި ޕްރޮމޯޓު ކުރުމަށް 10 މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ވެބިނާ އަކީ ޗައިނާގެ ފަތުރުވެރިންގެ ހަނދާނުގައި ރާއްޖެ ބޭއްވުމަށާއި ރާއްޖެއަކީ އެހެން ވާދަވެރި މަންޒިލުތަކަށްވުރެ ޗައިނާ ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް އެންމެ އެކަށީގެންވާ މަންޒިލުގެ ގޮތުގައި ޕްރޮމޯޓު ކުރުމަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. ފާއިތުވި އަށް އަހަރަށް ބަލާއިރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާ އިންނެވެ. އެމްއެމްޕީއާރުސީ އިން ބުނީ ވެބިނާގެ ފުރަތަމަ ސެޝަންގައި ޗައިނާގެ 550 އަށްވުރެ ޓްރެވަލް ޓްރޭޑަރުން ބައިވެރިވި ކަމަށެވެ. މި ވެބިނާ ކުރިއަށްގެންދަނީ ޗައިނާ ބަހުންނެވެ. ވެބިނާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ މިހާރުގެ ހާލަތާއި ރާއްޖެއާއި ގުޅޭ އިތުރު ވާހަކަތައް ހިއްސާ ކޮށްފައިވާނެ ކަމަށް އެމްއެމްޕީއާރުސީ އިން ބުންޏެވެ. އެމްއެމްޕީއާރުސީ އިން ބުނީ މި ވެބިނާ ސެޝަންތަކަކީ ވީހާވެސްގިނަ ފަރާތްތަކުން ޝައުގުވެރިވާނެފަދަ ސެޝަންތަކަށް ހެދުމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން ޝައުގުވެރިކަން ފާޅުކުރި 17 ފަރާތެއްގެ ޕްރޮޕަޓީސްތަކާ ގުޅޭ މައުލޫމާތު ވެބިނާގެ ބައިވެރިންނާ ހިއްސާކުރުމަށް ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ. ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓިފައިވާއިރު މިހާލުގެ ހާލަތުން އަރައިގަނެ އަލުން ފަތުރުވެރިކަން ފަށަންވާއިރަށް ރާއްޖެ އަންނަ ޓުއަރިސްޓުންނަށް ރާއްޖެ އިޝްތިހާރު ކުރުމަށް ޑިޖިޓަލް ޕްރޮމޯޓިންގެ ބައި އެމްއެމްޕީއާރުސީ އން ވަނީ ވަރުގަދަކޮށްފައެވެ. އެމްއެމްޕީއާރުސީ އިން ލަފާކުރާގޮތުގައި ހާލަތު ރަނގަޅުވެ ރާއްޖެ އަލުން ފަތުރުވެރިކަމަށް ހުޅުވާލާއިރު އެންމެ ފުރަތަމަ ފަތުރުވެރން އަންނަނ އެއް ގައުމަކީ ޗައިނާއަށް ވާނެއެވެ. ކޮވިޑާ ގުޅިގެން ޗައިނާ މާކެޓުން މީހުން ގެނައުން ހުއްޓާލުމާއި ހަމައަށް އެ ގައުމުން 31،744 މީހުން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 23 ޕަސެންޓުގެ ކުރިއެރުމެކެވެ.
ފަތުރުވެރިކަން ފެށެންވާއިރަށް ޗައިނާގެ ޓްރެވަލް ޓްރޭޑުން ތަމްރީނު ކުރަނީ
މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވަމުންދާ ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިންޑިއާއިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ 580 ޓަނުގެ ކާބޯތަކެއްޗާއެކު އިންޑިއާގެ މަނަވަރު ރާއްޖެ އަތުވެއްޖެ އެވެ. ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަން އިން މިއަދު ބުނެފައިވަނީ އިންޑިއާއިން ހަދިޔާކުރި 580 ޓަނުގެ ކާބޯތަކެއްޗާއެކު، އައިއެންއެސް ކޭސަރީ ދާދި ދެންމެއަކު މާލޭ ޕޯޓަށް އަތުވެއްޖެ ކަމަށެވެ. މިއަދު ރާއްޖެއަށް ގެނެސްފައިވާ ކާބޯތަކެތީގެ ތެރޭގައި ހިމެނެނީ: 200 ޓަނުގެ ހަނޑޫ 140 ޓަނުގެ ގޮދަން ފުށް 90 ޓަނުގެ ހަކުރު 120 ޓަނުގެ ރީނދޫ މުގު 26 ޓަނުގެ ފިޔާ 14 ޓަނުގެ އަލުވި އިންޑިއަން ހައި ކޮމިޝަނުން ބުނެފައިވަނީ ކާބޯތަކެތީގެ އެ އެހީ އަކީ އިންޑިއާގެ 'އެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް' (ސާގަރް) ޑޮކްޓްރިން ގެ ދަށުން ސަރަހައްދީ ގައުމުތަކަށް އިންޑިއާއިން ފޯރުކޮށްދޭ އެހީ ކަމަށެވެ. އެގޮތުން މިޝަން ސާގަރްގެ ފުރަތަމަ ދަތުރު ރާއްޖެއަށް ކޮށްފައިވާއިރު، ރާއްޖެއަށް މުދާ ބޭލުމަށްފަހު ރަހައްދުގެ އެހެން ގައުމުތަކަށް އެހީއާއިގެން ދަތުރު ކުރާނެ ކަމަށް އެ ހައި ކޮމިޝަނުން ވަނީ ބުނެފައެވެ. ކާބޯތަކެތީގެ މިއެހީއަކީ އިންޑިއާގެ ރައްޔިތުންގެ ފަރާތުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ރަމަޟާން މަހުގައި ދެވޭ، ދެގައުމުގެ އެކުވެރިކަން ރަމްޒު ކޮށްދޭ ހަދިޔާއެއް ކަމަށްވެސް އެ ހައިކޮމިޝަނުން ބުނެއެވެ.
580 ޓަނުގެ ކާބޯތަކެއްޗާއެކު އިންޑިއާ މަނަވަރު ރާއްޖެ ވަދެއްޖެ
އިތުރު ފަސް މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެ، ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 1,083 އަށް އަރައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ)އިން ބުނީ، މިރޭ 8:30ގެ ނިޔަލަށް ފަސް މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ ހަތަރު ބަންގްލަދޭޝް މީހަކާއި ސްރީލަންކާ މީހެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ. ރާއްޖެއިން އެންމެ ގިނައިން ކޮވިޑް-19 ޖެހިފައި ވަނީ ބަންގްލަދޭޝް މީހުންނަށެވެ. ބަންގްލަދޭޝްގެ 561 މީހުން ވައިރަހަށް ޕޮޒިޓިވްވެފައިވެއެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން ދިވެހީންގެ އަދަދަކީ 379 އެވެ. އޭގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ 103 މީހަކުވެސް ޕޮޒިޓިވްވެފައިވެއެވެ.
އިތުރު ފަސް މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ރާއްޖޭގެ ޖުމްލަ 1,083 އަށް އަރައިފި
އެމެރިކާގެ ކާމިޔާބު އެކްޓަރު ކްރިސް ޕްރެޓް 40، އާއި އޭނާގެ އަންހެނުން ލިޔުންތެރިޔާ ކެޓްރިން ޗްވާޒެނޭގަ 30، އަށް ދަރިއަކު ލިބެން އުޅޭކަން ހާމަކޮށްފިއެވެ. މި ދަރިފުޅު ވެގެންދާނީ އެ ކައިވެންޏަށް ލިބޭ ފުރަތަމަ އަދި ކެޓްރިން އަށްވެސް ލިބޭ ފުރަތަމަ ދަރިފުޅަށެވެ. ކްރިސް ވަނީ މީގެ ކުރިން އެކްޓަރު އަނާ ފާރިސް އާއި ކައިވެނިކޮށް ދަރިއަކު ލިބިފައެވެ. ކްރިސް އާއި ކެޓްރިން ކައިވެނިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ އަށްވަނަ ދުވަހުއެވެ. އެދެތަރިން އެންގޭޖްވެފައިވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހަތް މަސް ދުވަސް ފަހުންނެވެ. އޭގެ ފަސް މަސް ފަހުން ދެމީހުން ވަނީ ކައިވެނިކޮށްފައެވެ. އެކްޓަރު ކްރިސް މީގެ ކުރިން ކައިވެނިކޮށް ދަރިއެއް ލިބިފައިވާއިރު އެ ދަރިފުޅަށް މިއަހަރު އަށް އަހަރު ވާނެއެވެ. ކްރިސްގެ ދޮށީ ދަރިފުޅަށް ކިޔަނީ ޖެކްއެވެ.
އެކްޓަރު ކްރިސް އާއި ކެޓްރިން އަށް ދަރިއަކު ލިބެނީ
ކަންބޮޑުވާހާ މިންވަރަށް އިސްލާމްދީނަށް ބިރުވެރިކަން އުފައްދަމުންދާއިރު ވަކި ގައުމަކުން އިސްލާމް ދީނަށް ނަފްރަތު އުފައްދާ ކަމަށް ބުނަމުން ދިޔުމަކީ މައްސަލައަށް ކަތި ފިޔަވަޅެއް އެޅުން ކަމަށް ރާއްޖެއިން ބުނެފި އެވެ. ރާއްޖެއިން އެގޮތަށް ބުނެފައިވަނީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީޒް (އޯއައިސީ) ގެ ވާޗުއަލް ބައްދަލުވުމެއްގައި އިއްވި ބަޔާނެއްގަ އެވެ. ދުނިޔޭގައި ކަންކަމުގެ ހަގީގަތް ނުބަލައި ގޮތްކިޔުން، ފިތުނަވެރިކަން އަދި ނަސްލީ ތަފާތުކުރުމުގެ އަމަލުތައް ކަންބޮޑުވާހާ މިންވަރަށް އިތުރުވެފައިވާކަން ރާއްޖެއިން އެ ބައްދަލުވުމުގައި ފާހަގަކޮށްފަ އެވެ. އަދި ވަކި ސިޔާސީ އެޖެންޑާއެއް ނުވަތަ ވިސްނުމެއް ކުރިއަރުވަން ބާރުގެ ބޭނުން ކުރަމުންދާކަންވެސް ރާއްޖެއިން ވަނީ ފާހަގަކޮށްފަ އެވެ. ރާއްޖެއިން އަބަދުވެސް ދެމި އޮންނާނީ ސިޔާސީ ފައިދާއަށް ނުވަތަ ވަކި އެޖެންޑާއެއް ކުރިއެރުވުމަށްޓަކައި ކުރެވޭ ނޭދެވޭ އެފަދަ އަމަލުތަކާއި އިދިކޮޅު ގައުމެއްގެ ގޮތުގައިކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. އެފަދަ އެޖެންޑާތަކުގެ ތެރޭގައި ނަސްލީ ތަފާތުކުރުން އަދި އިސްލާމްދީނަށް ބިރުވެރިކަމާއި ނަފްރަތު އުފެއްދުން ހިމެނޭކަމަށް ރާއްޖެއިން ފާހަގަކުރިއިރު މިކަހަލަ މައްސަލައެއްގެ ތުހުމަތު ވަކި ގައުމަކަށް ކުރެވުމަކީ މައްސަލައިގެ ހައްލަށް ވާސިލުވުމުގެ ބަދަލުގައި އެއް އަރިއަކަށް ޖެހުންކަމުގައި ދެކޭކަމަށްވެސް ރާއްޖެއިން ވަނީ ބުނެފަ އެވެ. އެގޮތަށް ރާއްޖެއިން އެ ބައްދަލުވުމުގައި ބުނެފައި މިވަނީ ޕާކިސްތާނުގެ ފަރާތުން އ.ދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނީރު އަކްރަމް އިންޑިޔާއަށް އަމާޒުކޮށް އިސްލާމްދީނަށް ބިރުވެރިކަން އެގައުމުން އުފައްދަމުންދާކަމަށް އެ ބައްދަލުވުމުގައި ބުނެފައި ވަނިކޮށެވެ. ފޮރިން މިނިސްޓްރީއިން ބުނިގޮތުގައި އެ ބަޔާނުގެ އަމާޒަކީ ވަކި ވަކި ގައުމުތަކާއި ދެކޮޅަށް ކުރެވޭ އެފަދަ ތުހުމަތުތައް ހުއްޓުވައި އިސްލާމްދީނަށް ބިރުވެރިކަން އުފެއްދުމުގެ މައްސަލައަށް ޖުމްލަ ހައްލެއް ހޯދައި މައްސަލައިގެ ހަގީގަތަށް ސަމާލުކަން ގެނައުމެވެ. މިނިސްޓްރީގެ މީޑިޔާ ޑިރެކްޓާރ މިއުވާން މުހައްމަދު 'ސަން' އަަށް ކިޔައިދިން ގޮތުގައި ރާއްޖެއިން ނެރުނު ބަޔާނަކީ ވަކި ގައުމެއްގެ ދިފާއުގައި ނެރުނު ބަޔާނެއް ނޫނެވެ. އަދި ބޭރު ދުނިޔޭގެ ބައެއް މީޑިޔާތަކުގައި ހަގީގަތާއި ހިލާފަށް ވަކި ގައުމެއްގެ ދިފާއުގައި މި ބަޔާން ނެރުނުކަމަށް ރިޕޯޓުކޮށްފައިވާއިރު ރާއްޖޭގެ ފަރާތުން ނުދައްކާ ބައެއް ވާހަކަތައްވެސް ރިޕޯޓުކޮށްފައިވާކަމަށް މިއުވާން ވަނީ ވިދާޅުވެފަ އެވެ.
ވަކި ގައުމަކުން އިސްލާމްދީނަށް ނަފުރަތު އުފައްދާ ކަމަށް ބުނުމަކީ މައްސަލައެއް: ރާއްޖެ
މިއަދުގެ ހާލަތުން އިބުރަތް ހާސިލްކޮށް ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ސިއްހީ ދާއިރާއަށް އިތުރަށް ސަމާލުކަންދޭން، މޯލްޑިވްސް ނާސިން އެންޑް މިޑްވައިފްރީ ކައުންސިލުން އިލްތިމާސްކޮށްފި އެވެ. ދުނިޔޭގެ ނަރުހުންގެ ދުވަހާ ގުޅިގެން އެ ކައުންސިލުން މިއަދު ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ނަރުހުންގެ ކަންކަން ކުރިއެރުވުމަށްޓަކައި ދިވެހި ސަރުކާރާއި ސިއްހީ ވުޒާރާއިން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރާ ކަމަށެވެ. އެހެން ނަމަވެސް އެ ކައުންސިލުން ވަނީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ސިއްހީ ދާއިރާއަށް އިތުރަށް ސަމާލުކަން ދިނުމަށް ކަމާއިބެހޭ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ. ހަމައެއާއެކު ހާއްސަ ދާއިރާތަކުން ނަރުހުންނަށް ތައުލީމާއި ތަމްރީނު ހާސިލްކުރުމުގެ މަގުފަހިވެގެން ދިއުމަކީ ސިއްހީގޮތުން ކުރަން ޖެހޭ ހޭދައަށް ލުއިކަމެއް ލިބިގެންދާނެ ކަމެއް ކަމުގައި ދެކޭ ކަމަށް އެ ރިޕޯޓުގައި ވެއެވެ. ދުނިޔޭގެ ނަރުހުންގެ ޖަމިއްޔާއިން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ “Nurses: A Voice to Lead- Nursing the world to Health”އެވެ. މޯލްޑިވްސް ނާސިން އެންޑް މިޑްވައިފްރީ ކައުންސިލުން ބުނެފައި ވަނީ މި ޝިއާރާއި، މުޅި ދުނިޔެއަށް ހޭހަން ކުރުމުގައި ނަރުހުން ވަމުންދާ ގުރުބާނީ ވަރަށް ފުރިހަމައަށް ގުޅިފައިވާ ކަމަށެވެ. އަދި މި އަހަރުގެ ނަރުހުންގެ ދުވަހާ ކުރިމަތިލާން ޖެހިފައި ވަނީ ފާއިތުވި ގަރުނުގެ ތެރޭގައިވެސް ކުރިމަތިވެފައި ނުވާފަދަ ބަލިމަޑުކަމެއް މުޅިދުނިއެއަށް ކުރިމަތިވެފައިވާ ހިތާމަވެރި ދުވަސްވަރެއްގައި ކަމަށެވެ. އަދި ރާއްޖޭގައި މި ބިރުވެރިކަން އޮތް އިރު ނަރުހުން ނުކުމެތިބީ ކޮވިޑު 19 ޖެހިފައިވާ ބަލީމީހުން ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް އަތުކުރި އޮޅާލައިގެން ކަމަށް ރިޕޯޓުގައިވެއެވެ. ނަރުހުންނަކީ އަބަދުވެސް ސިއްހީ ގޮތުން ގައުމަށް ދިމާވާ މިފަދަ ކޮންމެ ކަމެއްގައި ހިތްވަރާއި ކެރުމާއިއެކު ހިދުމަތް ދިނުމުގައި ތަޖުރިބާހުރި ހުނަރުވެރި ނަމޫނާ ބައެއް ކަމަށް ކައުންސިލުން ފާހްގަކޮށްފައިވެއެވެ. އަދި ނަރުހުންނަކީ ޢާއިލާތަކަށް ދިމާވެފައިވާ މި ހިތްދަތި ވަގުތުގައިވެސް އެންމެ ގާތުން ބަލިމީހާގެ ވާހަކަ އަޑުއަހާ އަދި އެ ބަލިމީހާއަށާއި އާއިލާއަށް ހިތްވަރުދޭ މަދަދުގާރުން ކަމަށާއި ބަލިމީހުންގެ ސަލާމަތާއި ރަށްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭ ކޮންމެ ދަނޑިވަޅެއްގައި ސާބިތުކަމާއިއެކު ކުރިމަތިލައިގެންތިބޭ އެހީތެރި އެކުވެރިން ކަމަށެވެ. ސިއްހީ ދާއިރާގެ މަސައްކަތްތެރިންނަށް، ހާއްސަ ގޮތެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރަމުންދާ ނަރުހުންނާއި މިޑްވައިފުންނަށް 2020 ވަނަ އަހަރަކީވެސް މުހިއްމު އަހަރެއްގެ ގޮތުގައި ފާހަގަ ކުރަން ވަނީ ކަނޑައަޅައިފައެވެ. އަދި މި އަހަރަކީ ނަރުހުންނާއި މިޑްވައިފުން ގެ މުސްތަގްބަލް ރަނގަޅުވެގެންދާނެ އަހަރެއްކަމަށް ވަނީ ލަފާކޮށްފައެވެ. ދެހާސް އަށާރަ ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ދުނިޔޭގެ ނަރުހުންގެ ޖަމްއިއްޔާ އަދި ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް ގުޅިގެން ލަނޑުދަނޑިތަކެއް ކަނޑައަޅައި 2020 ވަނަ އަހަރަކީ "ނަރުހުންނާއި މިޑްވައިފުން"ގެ އަހަރުގެ ގޮތުގައި ހަމަޖައްސައި މިއަހަރު ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށް ވަނީ ނިންމާފައެވެ. އަދި މިކަންކަން ރާވައި ކުރިއަށް ގެންދިއުމަށް އެކި އެކި ގައުމުތަގައި ވަނީ ގައުމީ ފެންވަރުގައި މަސައްކަތްތައް ފަށާފައެވެ. ރާއްޖޭގައިވެސް މިކަން އިފްތިތާހް ކުރުމުގެ ގޮތުން 2019 ވަނައަހަރުގެ ނޮވެންބަރު މަހު ކުލަގަދަ ހަފްލާއެއް ބާއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ ޖަލްސާ ޝަރަފްވެރި ކޮށްދެއްވައިފައެވެ.
ދުޅަހެޔޮ ޖީލެއް ބިނާކުރަން ސިއްހީ ދާއިރާއަށް އިތުރަށް ސަމާލުކަން ދޭންޖެހޭ: ރިޕޯޓު
ނަވާރަސަތޭކަ އަށްޑިހަ ނުވަނަ އަހަރު ނުކުތް ފިލްމު "މޭނޭ ޕިޔާރު ކިޔާ" އިން މަޝްހޫރުވި ބޮލީވުޑްގެ އެކްޓަރެއް ކަމަށްވާ ބަގިޔާޝްރީ ފިލްމު "ތަލައިވީ"ގެ ކާސްޓާ ގުޅިއްޖެއެވެ. ކަންގަނާ ރަނައުތު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމަކީ ޓަމިލް ނާޑޫގެ ކުރީގެ ޗީފް މިނިސްޓަރު ޖޭ ޖަޔާލަލީތާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ. ފިލްމުގެ ކާސްޓާ ގުޅުމަށް ފަހު އިންޑިއަން އެކްސްޕްރެސް އަށް ދިން އިންޓަވިއުއެއްގައި ބަގިޔާޝްރީ ބުނީ ފިލްމުގައި އޭނާ ގުޅެނީ ވަރަށް މުހިއްމު ރޯލެއް ކަމަށާއި އަދި މި ފިލްމުގައި ކަންގަނާ އާއެކު ވެސް ފުދޭވަރަކަށް ގިނަ ސީންތަކެއް ހުންނާނެކަމަށެވެ. އޭނާ ބުނީ ތަލައިވީ ކަހަލަ ވަރުގަދަ ފިލްމަކުން ފުރުސަތު ލިބުމަކީ ވަރަށް އުފާވާކަމެއްކަމަށާއި ހަމައެއާއެކު ހުނަރުވެރި ބަތަލާ ކަންގަނާ އާއެކު މަސައްކަތްކޮށްލަން ލިބުމަކީ ލިބޭ ޝަރަފެއް ކަމަށެވެ. ބަގިޔާޝްރީ ބުނީ އެ ފިލްމުގައި އޭނާ ކުޅޭ ކެރެކްޓާއަކީ ފިލްމުގެ ޓާނިންޕޮއިންޓް ކަމަށެވެ. ތަލައިވީ އަންނަ މަހުގެ 26 ގައި ރިލީޒްކުރަން ނިންމި ނަމަވެސް ކޮރޯނާވައިރަހާ ގުޅިގެން އިންޑިއާ ސިނަމާތައް ބަންދުކޮށްފައިވާތީ އެ ތާރީޚުގައި ފިލްމު އެޅުވޭނެ ކަމަކަށް ނުބެލެވެއެވެ. އަންނަ މަހު ފިލްމު ރިލީޒްކުރަން ތާވަލްކުރި ނަމަވެސް ފިލްމުގެ ބައެއް މަންޒަރުތައް ޝޫޓްކޮށެއްވެސް ނުނިމެއެވެ. ޕްރޮޑިއުސަރު ޝާއިލޭޝް ސިންގް ބުނީ ލޮކްޑައުންގެ ސަބަބުން މަސައްކަތްތައް ހުއްޓިފައިވާއިރު ހައިދަރުއާބާދުގެ ޝޫޓިން އަށް ހެދި ސެޓް ވެސް ބޭނުންނުކުރެވި ހުއްޓައި ހަލާކުވެދާނެކަމަށެވެ. އަދި ބާކީ ހުރި މަންޒަރުތައް ޝޫޓް ކުރަން ނުފެށި ގިނަ ދުވަސްވެފައިވާތީ ފިލްމަށް ފަސް ކުރޯޑްގެ ގެއްލުމެއް ލިބިފައިވާކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. ފިލްމުގައި ޖޭ ޖަޔާލަލީތާ އިންޑިއާގެ ނުފޫޒު ގަދަ ސިޔާސީ ލީޑަރަކަށްވެގެން ދިޔަ ގޮތް ދައްކުވައިދޭނެ އެވެ. އެ ފިލްމު ހިންދީ ބަހުންނާއި ތަމިލް ބަހުން ރިލީޒް ކުރުމަށް ހަމަޖެހިފައިވެ އެވެ.
"ތަލައިވީ"ގެ ކާސްޓާ ބަގިޔާޝްރީ ގުޅިއްޖެ
މިއަދު 58 މީހަކު ކޮވިޑް ރޯގާއަށް ޕޮސިޓިވްވެއްޖެ އެވެ. އެއާއެކު ކޮވިޑަށް ޕޮސިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 1274 އަށް އަރާފަ އެވެ. ހެލެތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ކޮވިޑް ރޯގާއަށް ޕޮސިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ 18 ދިވެހިންނާއި 39 ބަންގަލަދޭޝް މީހުން އަދި އެއް އިންޑިއާ މީހެއް ކަމަށެވެ. ރާއްޖެއިން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 452 ދިވެހީންނާއި، ބަންގްލަދޭޝްގެ 661 މީހުންނާއި، އިންޑިއާގެ 119 މީހަކާއި، ނޭޕާލް 16 މީހުންގެ އިިތުރުން، ލަންކާގެ ހަ މީހަކާއި ޕާކިސްތާންގެ ތިން މީހުން ހިމެނެއެވެ. މިއަދު ކޮވިޑްގެ 58 ކޭސް ފެނުނުއިރު އިއްޔެ ފެނިފައިވަނީ 30 ކޭހެވެ. މިއަދު ފެނުނު ކޭސްތަކުގެ އަދަދަކީ އިއްޔެ އާއި އަޅާ ބަލާއިރު 31 ޕަސެންޓް އިތުރު އަދަދެކެވެ. ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް މީހުންގެ އަދަދު 1،274 އަށް އަރާފައިވާއިރު، 104 މީހަކު ވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ. އަދި ހަތަރު މީހަކު ވަނީ ބަލީގައިި މަރުވެފައެވެ. ރާއްޖޭގައި ނޭނގި، ކޮވިޑް19 ޖެހުމަށްފަހު ރަނގަޅުވި މީހުންގެ އަދަދު ބެލުމަށްޓަކައި މިހާރު އަންނަނީ ޓެސްޓުކުރަމުންނެވެ. އެ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ސާމްޕަލް ނަގަމުންދަނީ ބިދޭސީން ތޮއްޖެހިފައި ތިބި ތަންތަނުންނެވެ. މި މަހުގެ 31 ވަނަ ދުވަހު ރާއްޖެ ކޮވިޑް19 ސާޖަކަށް ދާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އަދި އެދުވަހު ރާއްޖޭގައި ވައިރަހަށް ޕޮޒިޓިވް 6000 އަށް ވުރެ ގިނަ މީހުން ތިބޭނެ ކަމަށާއި، ހޮސްޕިޓަލްތަކަށް ބާރުބޮޑުވާނެ ކަމަށް ވެސް ވަނީ އަންދާޒާކޮށްފައެވެ. ނަމަވެސް އާންމުންގެ އެއްބާރުލުން ލިބި، ފުރަބަންދުގެ ކަންތައްތައް ރަނގަޅަށް ތަންފީޒުވަމުން ދާނަމަ، މާލެ ސަރަހައްދުގައި މިހާރު އޮތް ފުރަބަންދުގެ މުއްދަތު ހަމަވުމުން، ލުއިތަކެއް ދިނުމަށް ވިސްނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މޮނީޓަރިންގެ ހާލަތުގައި މިހާރު ނެތް ރަސްރަށުގެ ތެރެއިން މާލެ އާއި އަތޮޅުތެރޭގެ 25 ރަށެއް ފިޔަވާ އެހެން ހުރިހާ ރަށެއްގައި މިއަދުގެ ހުކުރު ނަމާދަށްފަހު ޖަމާއަތުގައި ނަމާދު ކުރަން ވަނީ ފަށައިފައެވެ. މާލެ ސަރަހައްދުގައި މިހާރު އިއުލާންކޮށްފައިވާ 14 ދުވަހުގެ ފުރަބަންދުގެ މުއްދަތު ހަމަވަނީ މި މަހުގެ 28 ވަނަ ދުވަހަށެވެ.
އިތުރު 58 މީހަކު ކޮވިޑަށް ޕޮސިޓިވްވެއްޖެ، ޖުމްލަ 1274 އަކަށް
ކޮވިޑް-19 ގެ ބައެއް ޓެސްޓުތަކުން "ފޯލްސް ޕޮޒިޓިވް" ނަތީޖާތައް ލިބެނީ، ސާމްޕަލްތައް ޕްރޮސެސް ކުރުމުގައި ކްރޮސްކޮންޓެމިނޭޝަންގެ މައްސަލަ ދިމާވާތީ ކަަމަށާއި އެއީ ނާދިރު ކަމެއް ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ. ކްރޮސްކޮންޓެމިނޭޝަނަކީ ޓެސްޓް ހަދާ ވަގުތު މެޝިނުގެ ތެރޭގައި ވައި ދައުރުވުމުގެ ސަބަބުން އެއް ސާމްޕަލެއް ނޫނީ ސާމްޕަލްތަކެއް ތަޣައްޔަރު ވުމެވެ. މިހާތަނަށް ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓުކުރަން ނެގި ސާމްޕަލްތަކުގެ ތެރެއިން ތިން މީހެއްގެ ސާމްޕަލްގެ ނަތީޖާ ވަނީ ފަހުން ބަދަލުވެފަ އެވެ. ކޮރޯނާވައިރަހަަށް ޕޮޒިޓިވްވީ މީހެއްގެ ޑައިރެކްޓް ކޮންޓެކްޓަކަށް ވެގެން ހއ. ތަކަންދޫއިން ސާމްޕަލް ނެގި ފަސް އަހަރުގެ ކުއްޖެއްގެ ފުރަތަމަ ސާމްޕަލް ބައްޔަށް ޕޮޒިޓިވްވި ނަމަވެސް ދެން ހެދި ޓެސްޓު ވަނީ ވައިރަހަށް ނެގެޓިވް ވެފަ އެވެ. ޔަގީން ކުރަން ތިން ވަނަ ފަހަރަށް ހެދި ޓެސްޓުގެ ނަތީޖާ ވެސް ލިބުނީ ނެގެޓިވް ކޮށެވެ. އޭގެ ފަހުން ނ. މަނަދޫއަށް ނިސްބަތްވާ 83 އަހަރުގެ މީހަކުވެސް ފުރަތަމަ ހެދި ޓެސްޓުން ޕޮޒިޓިވްވި އެވެ. އެކަމަކު ދެވަނަ ޓެސްޓުން ވީ ނެގެޓިވް އެވެ. ޔަގީން ކުރަން ތިން ވަނަ ޓެސްޓް ހެދުމުން ލިބުނީ ޕޮޒިޓިވް ނަތީޖާ އެކެވެ. މިދިޔަ ހުކުރު ދުވަހު އައްޑޫއިން މާލެ ފޮނުވި ބަލިމީހަކު ވެސް އައިޖީއެމްއެޗަށް ގެނެސް ހެދި ފުރަތަމަ ޓެސްޓުން ޕޮޒިޓިވް ވިއެވެ. ނަމަވެސް ދެވަނަ ޓެސްޓުން އޭނާ ބައްޔަށް ނެގެޓިވްވެ، އިތުރަށް ބެލި ބެލުންތަކަށް ފަހު، އޭނާ އަކީ ބަލި ނެތް މީހެއް ކަމަށް ވަނީ ނިންމައިފައެވެ. ޓެސްޓުގެ ނަތީޖާތައް މިގޮތަށް ބަދަލުވާތީ، ރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ "ފޯލްސް ޕޮޒިޓިވް" އަކީ ވަރަށް ނާދިރު ކަމެއް ކަމަށާއި، އެހެން ނަމަވެސް އެހެން ދިމާވަނީ ކްރޮސް ކޮންޓެމިނޭޝަންގެ ސަބަބުން ކަމަށެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވާހަކަ ދައްކަވަނީ ---- ފޮޓޯ/ އެންއީއޯސީ "ފޯލްސް ޕޮޒިޓިވް އަކީ ފުރަތަމަ ކަމަކަށް ވަރަށް އަންލައިކްލީ ސިނާރިއޯއެއް. އެކަމު އެ ހިނގާނީ މި ބުނާހެން ކްރޮސް ކޮންޓެމިނޭޝަނެއް ހިނގައިގެން. އެހެންވީމަ އެކަހަލަ ކަމަކީ އެހާ ގިނައިން ރިޕީޓްވާ ކަހަލަ ކަންކަމެއް ނޫން. އެއީ ހަމަ ހާލަކުން ފަހަރަކު ދިމާވާ ކަމެއް ފޯލްޒް ޕޮސިޓިވް އައުމަކީ،" ޑރ. އަފްޒަލް ވިދާޅުވި އެވެ. ޑރ. އަފްޒަލް ވިދާޅުވީ ގިނަ ފަހަރަށް ސާމްޕަލްތައް ޕްރޮސެސް ކުރާނީ ބެޗެއްގެ ގޮތުގައި ކަމަށާއި، އަދި ކްރޮސް ކޮންޓެމިނޭޝަން އެއް ދިމާވަނީ އެގޮތަށް ޕްރޮސެސް ކުރުމުގެ ތެރެއިން ކަމަށެވެ. އެކަމާ ގުޅޭގޮތުން އައިޖީއެމްއެޗްގެ ލެބޯޓްރީން ވެސް މައުލޫމާތު އޮޅުން ފިލުވާލާފައިިވާނެ ކަމަށާއި، ލެބޯޓްރީން ވެސް އެކަމަށް އިތުރު ސަމާލުކަމެއް ދޭނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ. ޑޮކްޓަރު ވިދާޅުވީ ޕްރޮސެސްގެ ތެރެއިން "ހިއުމަން އެރާ" އެއް އެރުމަކީ ވެސް ވާނެ ކަމެއް ކަމަށާއި، އެއީ ޓެސްޓިންގައި އުޅޭ މައްސަލައެއް ނޫން ކަމަށެވެ. "އޭގެ އެންމެ ލައިކްލީ ސިނާރިއޯ އަކީ ސާމްޕަލް ޕްރޮސެސް ވެގެންދާ ކޮންމެސް ލެވެލްއެއްގައި ކްރޮސްކޮންޓެމިނޭޝަނެއް އައިސް މިވަނީ،" ޑރ. ވިދާޅުވި އެވެ. ޑޮކްޓަރު ވިދާޅުވީ ދެތިން ޓެސްޓުގެ ނަތީޖާ ފޯލްސް ޕޮޒިޓިވް ވުމަކީ ލެބޯޓްރީއެއްގެ ފެންވަރާ މެދު ސުވާލު އުފަައްދަން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ލެބޯޓްރީގެ ފެންވަރާ މެދު ސުވާލު އުފައްދާ، އެކަން ބަލާނީ ވަކި ވަރަކަށް ވުރެ ގިނައިން ފޯލްސް ޕޮޒިޓިވް އަންނަ ކަމުގައި ވާނަމަ އަންނަ ކަމަށް ވިދާޅުވި އެވެ. ހަމައެއާއެކު އައިޖީއެމްއެޗްގެ ލެބޯޓްރީގަައި ސާމްޕަލްތައް ޓެސްޓު ކުރަނީ ވަރަށް މަތީ ސްޓެންޑާޑުގައި ކަަމަށާއި، ފެންވަރު ބެލުމުގެ ޓެސްޓުތަކުން ވެސް އައިޖީއެމްއެޗް ވަރަށް މަތިން މާކްސް ހޯދާފައިވާ ކަމަށެވެ. "ފާހަގަކޮށްލަން ބައެއް ކަހަލަ ޓެސްޓުތަކުގައި ޕާފެކްޓް ސްކޯވެސް ލިބިފައި އެބަހުރި،" ޑޮކްޓަރު ވިދާޅުވިއެވެ.
ނަތީޖާ ނުބައިވުމަކީ ނާދިރުކަމެއް، ޓެސްޓަށް އިތުބާރު ކުރެވޭ: ޑރ. އަފްޒަލް
މަންމަ މަރުވުމުން ޖަނާޒާއަށް ނުދެވުނު ނަމަވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޮލީވުޑްގެ ތަރި އިރުފާން ޚާން މަންމަގެ ޖަނާޒާގައި ބައިވެރިވެއްޖެ އެވެ. އިންޑިއާ ލޮކްޑައުންކޮށްފައިވާ މި ދަނޑިވަޅުގައި އެއްވެސް ތަނަކަށް ދަތުުރު ނުކުރެވޭ ހާލަތުގައި އިރުފާން ޚާން ގެ މަންމަ ސައީދާ ބޭގަމް މަރުވިއިރު އިރުފާނަށް ވެސް މަންމަ އާ އެންމެ ފަހު ފަހަރަށް ބައްދަލުކުރުމަށް މަންމަ ގާތަށް އާދެވިފައެއް ނުވެ އެވެ. އިރުފާންގެ މަންމަ މަރުވިއިރު އުމުރަކީ 95 އަހަރެވެ. ގިނަ ދުވަސްތަކެއް ވަންދެން ސައީދާ ބަލިވެ އުޅުމަށްފަހު މިދިޔަ ހޮނިހިރު ދުވަހު މަރުވީ އާދައިގެ މަރަކުން ކަމަށް ހަބަރުތައް ބުނެއެވެ. ބަތަލު އިރުފާން ޚާނަށް ވެސް މީގެ ކުރިން ވަނީ ކެންސަރު ޖެހިފަ އެވެ. ވޭތުވެދިޔަ ދެއަހަރެއްހާ ދުވަހު ކެންސަރު ބައްޔަށް ފަރުވާކުރުމަށްފަހު އޭނާ ވަނީ މިހާރު މުޅިން ކެންސަރު ބަލިން ސަލާމަތްވެފަ އެވެ.
މަންމަގެ ޖަނާޒާގައި އިރުފާން ޚާން ބައިވެރިވާން ޖެހުނީ ވީޑިއޯ ކޯލަކުން
ކުރިން އުންމީދުކުރި ވަރަށް ވުރެ، ރާއްޖޭގައި ކޮވިޑް19 ޖެހޭ މީހުން ބަލިން ރަނގަޅުވާ ނިސްބަތް، ނުވަތަ ރިކަވަރީ ރޭޓް ދަށް ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ. ރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ، ރިކަވަރީ ރޭޓާ މެދު ސީދާ އެއްޗެއް ބުނަން އެނގޭނީ އެސެސްމަންޓެއް ހެދުމަށް ފަހު ކަމަށެވެ. "އެކަމަކު މިހާރު ފެންނަގޮތުން، އަޅުގަނޑުމެންގެ ރިކަވަރީ ރޭޓްގައި އަޅުގަނޑުމެންގެ އެކްސްޕެކްޓޭޝަނަށް ވުރެ ގިނަ ދުވަސް ނަގާ ކަމަށް ވަނީ ރިކަވާ ވާން. ޑެފިނިޓިވް ޖަވާބެއް ދެވޭނީ އެސެސްމަންޓަކަށް ފަހު،" ޑރ. އަފްޒަލް ވިދާޅުވި އެވެ. މިހާތަނަށް ރާއްޖެއިން 897 މީހަކަށް ބަލި ޖެހިފައިވާކަން ދެނެގަނެވިފައި ވާއިރު، އޭގެ ތެރެއިން ބަލިން މުޅިން ރަނގަޅުވެފައި ވަނީ 31 މީހެކެވެ. އެއާ އެކު ރާއްޖޭގެ ރިކަވަރީ ރޭޓް މިވަގުތު ހުރީ 3.5 ގައެވެ. މިވަގުތު ރާއްޖެއިން ކޮވިޑް19 ޖެހުނު 13 މީހަކު އެޑްމިޓްކޮށް ފަރުުވާދެމުން އަންނަ އިރު، ބަލީގައި ތިން މީހަކު ވަނީ މަރުވެފަ އެވެ.
އުންމީދުކުރި ވަރަށް ވުރެ ރާއްޖޭގެ ރިކަވަރީ ރޭޓް ދަށް: ޑރ. އަފްޒަލް
ކޮވިޑް-19އާ ދެކޮޅަށް ދުނިޔެ ހަނގުރާމަކުރަމުންދާއިރުވެސް އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާމެދު ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި، މިނިވަން ދެ ދައުލަތެއްގެ ގޮތުގައި ފަލަސްތީނާ އިސްރާއީލް އޮތުމަށް ކުރެވޭ މަސައްކަތަށް ހުރަސް އެޅޭގޮތަށް އިސްރާއީލުން ހިންގަމުންދާ އަމަލުތައް ދިވެހިރާއްޖެއިން ކުށްވެރިކޮށްފިއެވެ. ރާއްޖެއިން މިކަން ކުށްވެރިކޮށްފައިވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކަކަށް ވެރިވެގަތުމަށް ކުރަމުންދާ މަސައްކަތާއި ފަލަސްތީނުގެ ރައްޔިތުންނާމެދު ހިންގާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް ނަން-އެލައިންޑް މޫވްމަންޓް (ނާމް) އިން ނެރުނު ގަރާރަށް ތާއީދުކުރަމުންނެވެ. ނާމްގެ ގަރާރުގައި ވަނީ ކޮވިޑް-19 އާއި ދެކޮޅަށް ދުނިޔެއިން މަސައްކަތްކުރަމުންދާ މިދަނޑިވަޅުގައިވެސް 1967ގެ ބޯޑަރުގެ މައްޗަށް ބިނާކޮށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުމަށް ކުރެވޭ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް އިސްރާއީލުން މިހާރު ހިންގަމުންދާ އަމަލުތަކުގެ ސަބަބުން ފަލަސްތީނިގެ ރައްޔިތުންނަށް އެތައް އަނިޔާތަކެއް ލިބި، އެމީހުންގެ ހައްގުތައް ގެއްލިގެންދާނެކަމަށެވެ. ދިވެހިރާއްޖެއާ ނާމްގެ އެހެން ގައުމުތަކުން ވަނީ ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގެންފައިވާ ވެރިވެގަތުމަށް ނިމުމެއް ގެނެސް، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށް، އެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް އޮންނަން ޖެހޭކަމަށް ގަބޫލުކުރާ ސިޔާސަތު އަނެއްކާވެސް ތަކުރާރުކޮށްފައެވެ. އަދި އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް ކުރާ މަސައްކަތްތައް ނުހުއްޓައިފިނަމަ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށް "ޓޫ ސްޓޭޓް ސޮލިއުޝަން" ހޯދުމަށް ކުރާ މަސައްކަތަށް ހުރަސް އެޅިގެންދާނެކަމަށް ދެކޭ ކަމަށް ނާމްއިން ބުނެފައިވެއެވެ. ގަދަކަމުން ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގެން އުޅޭ އުޅުން ކުށްވެރިކޮށް، ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފް އެންމެހާ އަމަލުތައް ވަގުތުން ހުއްޓާލުމަށްވެސް ރާއްޖެ ހިމެނޭ ގޮތަށް ނާމްގެ ގައުމުތަކުން ވަނީ އިސްރާއީލަށް ގޮވާލާފައެވެ. ހަމައެއާއެކު އދގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކަށް އިސްރާއީލުން ބޯނުލަނބާ މައްސަލައިގައި އެގައުމު ޖަވާބުދާރީކުރުވަން ބައިނަލްއަގްވާމީ މުޖްތަމައަށް ގޮވާލާ، 1967 ވަނަ އަހަރުގެ ބޯޑަރާ ހިސާބަށް އިސްރާއީލުން ފަހަތަށް ޖެހުމަށް ބާރު އެޅުމަށްވެސް ނާމް އިން ގޮވާލިއެވެ. މިކަންތަކަށް ބާރުއެޅުމުގެ ގޮތުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ހިންގާ އިސްރާއީލުގެ ވިޔަފާރިތަކާ މުއާމަލާތު ނުކުރުމާއި، ހިފާފައިވާ ބިންތަކުގައި އިސްރާއީލުން އުފައްދާ މުދާ ބައިނަލްއަގްވާމީ ބާޒާރަށް ނެރުނަ ނުދިނުމަށް ނާމް އިން ވަނީ ބާރު އަޅާފައެވެ. އދގެ ސަލާމަތީ މަޖިލީހުން، އެމަޖިލީހުގެ ޒިންމާ އަދާކޮށް، ފަލަސްތީނުގެ މައްސަލައިގައި އެމަޖިލީހުން ފާސްކޮށްފައިވާ ގަރާރުތައް ތަންފީޒުކޮށް، ފަލަސްތީނުގެ އިތުރު ބިންތަކަށް ވެރިވެގަތުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށް ނާމްއިން ވަނީ ސަލާމަތީ މަޖިލީހަށް ގޮވާލާފަ އެވެ. އަދި އިތުރު ބިންތަކަށް އިސްރާއީލުން ވެރިވެގަތުމަކީ މެދުއިރުމަތީގެ ސުލްހައިގެ އިތުރުން ބައިނަލްއަގްވާމީ ސުލްހައަށް އެޅިގެންދާ ހުރަހެއްކަމަށްވެސް ނާމްއިން ބުނެފައިވެއެވެ. މީގެ ކުރިންވެސް ރާއްޖެއިން ވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް ކުރާ މަސައްކަތް ކުށްވެރިކޮށްފައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވި އިރުވެސް އެކަން ކުށްވެރި ކުރެއްވިއެވެ.
އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވަގުތުމަށް ކުރާ މަސައްކަތް ރާއްޖެއިން ކުށްވެރިކޮށްފި
ބެއިޖިންގް (22 މޭ 2020) : ކޮރޯނާ ވައިރަސް "ކޮވިޑް-19"ގެ މައްޗަށް ކާމިޔާބު ހޯދިއްޖެކަން ޗައިނާއިން ރަސްމީކޮށް އިޢުލާނުކޮށްފި އެވެ. ޗައިނާގެ ބޮޑުވަޒީރު ލީ ކިޗިޔާން ވިދާޅުވީ ޗައިނާގެ ޕާލަމެންޓް "ނެޝަނަލްސް ޕީޕަލްސް އެސެމްބްލީ"ގެ ހޫނު މޫސުމުގެ ދައުރު އިފްތިތާޙު ކުރުމުގެ ގޮތުން މިއަދު ވާހަކަ ދައްކަވަމުން ލީ ވިދާޅުވީ ވަރުގަދަ މަސައްކަތްތަކެއް ގިނަ ގުރުބާނީތަކެއްވެގެން "ކޮވިޑް-19"ގެ މައްޗަށް ޗައިނާގެ ރައްޔިތުން ކާމިޔާބު ހޯދައިފިކަމުގަ އެވެ. މި ކާމިޔާބީ ހާސިލް ކުރެވުނީ ޗައިނާގެ ފިރިހެނުންނާއި އަންހެނުން ހިމެނޭގޮތަށް މުޅި ރައްޔިތުން ގުޅިގެން އެ ވައިރަސް އާ ދެކޮޅަށް މަސައްކަތްކޮށް އެއްބައިވަންތަ ކަމުގެ ވަރުގަދަ ފާރެއް ބިނާކޮށްގެން ކަމުގައެވެ. މިއީ ކޮވިޑް-19ގެ މައްޗަށް ކާމިޔާބު ހޯދިއްޖެކަން ޗައިނާއިން ރަސްމީކޮށް އިޢުލާނުކުރި ފުރަތަމަ ފަހަރެވެ. ކޮވިޑް-19 ޗައިނާއިން ފެނުނީ މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅުގަ އެވެ. އެއަށް ފަހު އެ ރޯގާ ޗައިނާގައި ފެތުރިގެން ދިޔުމުން މުޅި ޗައިނާ ވަނީ ތިން މަސް ބައި ވަންދެން ފުރަބަންދުކޮށް އިގްތިސާދީ ހަރަކާތްތައް ހުއްޓާލައިފަ އެވެ. ލީކިޗިއާން ޗައިނާގެ ޕާލަމެންޓް ހުޅުއްވަނީ ޗައިނާގައި ކޮވިޑް-19 ކޮންޓްރޯލް ކުރެވޭ ހިސާބަށް މިދިޔަ އެޕްރީލް މަހުގެ ކުރީކޮޅު ގައެވެ. އެއަށް ފަހު އެ ވައިރަސް ޖެހޭ މީހުންގެ އަދަދު ޗައިނާގައި ދުވަހެއް ދުވަހަކަށް މަދުވަމުން ގޮސް މިހާރު ޗައިނާއިން ދުވާލެއްގެ މައްޗަށް އެކަކު ޕޮޒިޓިވް ނުވާދުވަސް ވަރަށް ގިނައެވެ. މިދިޔަ ހަފްތާގައި ޗައިނާގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ އެންމެ ހަތަރު މީހެކެެވެ. ޗައިނާގައި 82،0000 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު 4،000 މީހުން އެ ރޯގާގައި މަރުވެ 78،0000 މީހުން ރަނގަނޅުވެފައިވެ އެވެ. މިހާރު ކޮވިޑް-19 ޖެހި ރަނގަނޅުނުވެ ޗައިނާގައި ތިބީ އެންމެ 82 މީހުން ކަމަށް އެގައުމުގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނެފައި އެވެ. ޗައިނާ މިހާރު ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ގާތްގަނޑަކަށް 80 އިންސައްތަ ފިޔަވަޅު އުވާލައިފަ އެވެ. އަންނަމަހު ސަރަހައްދީ ރޮނގުތައް ހުޅުވާލައި ބޭރުގެ ވައިގެ ދަތުރުތައް ފަށާނެކަން ވެސް ޗައިނާ ވަނީ އިޢުލާނުކޮށްފަ އެވެ. އެތެރޭގެ ވައިގެ ދަތުރުތައް މިމަހުގެ ކުރީކޮޅު ވަނީ ފަށައިފަ އެވެ. ނަމަވެސް މާސްކް އެޅުމާއި ގައިދުރުވުންފަދަ ކޮވިޑް-19 އިން ސަަލާމަތް ވުމަށް އަޅާފައިވާ ސިއްޙީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ޗައިނާ އަދިވެސް ގެންދަނީ ހަރުކަށިކޮށް ތަންފީޒު ކުރަމުންނެވެ. (ރޮއިޓާސް)
ކޮވިޑް-19ގެ މައްޗަށް ކާމިޔާބު ހޯދިކަން ރަސްމީކޮށް ޗައިނާ އިޢުލާނުކޮށްފި
ދެވަނަ ސިކުންތުކޮޅުގައި މާޒިންގެ ފަހު ޖުމްލަ އޭނަގެ ހިތުގައި ހިނގައިގަތް ހިތްދަތިކަމުގެ ޖަޒުބާތުތަކުގައި އަލިފާން ރޯކޮށް ރުޅިވެރިކަމުން ފުރާލައިފިއެވެ. އޭނައަށް އެ އިވުނީ ރަގަޅަށް ބާވައޭވެސް ހިތަށް އެރިއެވެ. ކޮންމެ އެހެން މީހެއްގެ ނަން އިވުނަސް އޭނަގެ ނާރުތަކުގައި ރުޅީގެ އަސަރު އެހާ ބޮޑަށް ދުވެނުލާނެކަން ޔަގީނެވެ. ފުރަތަމަ ނަޒަރުންވެސް ކިބުރުވެރި ފޮނިމީހެއްކަމަށް އޭނައަށް ދެކެވުނު ހިތުގައި އެމީހަކަށްޓަކާ ނަފްރަތުގެ ހުޅުކޮޅެއް ދިއްލުނު މީހަކާއެކު އެންމެ ސިކުންތުކޮޅަކަށްވެސް ހުރެވޭނީއެއް ނޫނެވެ. "ކީކޭ؟ ޑިޑް އައި ހިއަ ޔޫ ރައިޓް؟ އަރްސަން؟ މޮޔަވީތަ މާޒިން؟ " އާލިއާ ތަންކޮޅެއް ބާރަށް އެހިއެވެ. "ހޫމް އާލިއާއަށް ތިއިވުނީ ރަގަޅަށް. އަރްސަންއާއި އާލިއާ އިންނަން ޖެހޭނީ..................." މާޒިން ހިނިތުންވެލިއެވެ. " އަރްސަންއަށް ތިކަހަލަ ރަގަޅު ކުއްޖަކު މިވަގުތު ބޭނުންވެފައިވޭ. ހީޒް ހާޓް ބްރޯކެން. ސޯ ހެލްޕް ހިމް. ހީލް ހިމް. .................." "މާފުކުރޭ. ހިތްހަލާކުވާ ކޮންމެ މީހަކަށް އެހީވާކަށް ނޫޅެވޭނެ. އަންހެންކުއްޖަކަށްވި ނަމަ ޔަގީނުންވެސް ނޫނެކޭ ނުބުނާނަން..." އާލިއާ ދާން އެނބުރުނެވެ. "ލުކް އާލިއާ. ރީއްޗަށް ބުނެގެން އެއްބަސްނުވަންޏާ....." މާޒިންގެ ޖުމްލައިން އާލިއާގެ ފިޔަވަޅުތައް ހުއްޓުނެވެ. އޭނަ އެނބުރި ބަލާލައިފިއެވެ. މާޒިންގެ މޫނަކަށް ނޫނެވެ. ނަޒަރުހުރީ އެއަށްވުރެ ދުރަށެވެ. މާޒިންގެ ނިޔަތް އެނގުމުން ކޮށްފައިވާ އަސަރުތައް އެތައްގުނަ އިތުރުވިއެވެ. އޭނަ ޔަގީންކުރީ ހަޔާތުގެ ބައިވެރިއެއްގެ މަގާމަށް އަންނާނީ މާޒިންކަމުގައެވެ. ނޭގި ނަމަވެސް ހުވަފެންތަކެއްވެސް ދެކެވުނެވެ. ނަމަވެސް އެންމެ ނަފްރަތުކުރާ އަރްސަން އެހުރިހާ އުފަލެއް ފޭރިގެންފިއެވެ. "ތްރެޓެއްތަ؟ " އާލިއާ އެހިއެވެ. "އަހަރެން އަތުގައި ހުރި ފޮޓޯތަކާއި ވީޑިއޯތައް ލީކްކުރުވަން ބޭނުންނޫނިއްޔާ ބުނާގޮތަށް ހަދާ.....އައިމް ސޮރީ އެކަމަކު އަހަރެން އަރްސަންދެކެ ވަރަށް ލޯބިވޭ. އެ ކެހިވެރި އަންހެންކުއްޖާ އަރްސަން ދެރަކޮށްލީ އެތައް ބަޔެއްގެ ކުރިމަތީގައި. އެއްވެސް ކުށަކާ ނުލާ. އެވަރުކޮށްލީމަ ދުވަހަކު އަންހެންކުއްޖަކަށް އިތުބާރެއްނުކުރެވޭނެ. އަރްސަންގެ ހިތަށް ޝިފާއެއް ދީ ރަގަޅު މަގަށް އަޅުވާލެވޭނެ ހަމައެކަނި އަންހެންކުއްޖަކީ ތިއީ. ޑޫ ދިސް. ﷲ ރަހުމަތް ލައްވާނެ. ފޮޓޯތައް ލީކްވީމަ މަށަށް ބްލޭމް ނުކުރާތި ތިމަންނައަށް ވޯނިން ނުދެއޭ ނުބުނާތި. ވަން މޯ ތިންގް. ޕޭޖު އަލުން ހުޅުވާފައި ދީނަށް ދައުވަތު ދިނީތީ އެކަމަށް ޝުކުރުވެރިވަން. ރަމަޟާން މުބާރަކް......................." މާޒިން ކާރުގެ ބިއްލޫރިގަނޑު މައްޗަށް ނެގުމުން ބުދެއްފަދައިން ހިރިލާން ނޭގި ހުރިއިރު ލޮލަކުން ކަރުނައެއްވެސް ނައެވެ. އާލިއާއަށް ލޯ ބޮޑުކޮށްލެވުނީ ބިރެއް ފެނުނުފަދައިންނެވެ. މާޒިންގެ އިންޒާރުން އޭނަގެ ހިތް ގުނޑުވާލައިފިއެވެ. އެދުވަހު ޖެއްސުނު ވައްތަރުތައް ސޯޝަލްމީޑިއާއަށް ލުމުން އެތައް ބަޔަކު އޭގެ ސަބަބުން ހިތްހަމަޖެހުން ހޯދައިގަންނާނެއެވެ. އެހެންކުދިން އަމިއްލައަށްވެސް މަޖާ ފޮޓޯތަކާއި ވީޑިއޯތައް ލުން އާއްމުކަމެކެވެ. ލިބޭ ތައުރީފުތަކާއި ލައިކްސްތަކުން އުފާވެރިކަން ލިބިގަނެއެވެ. ބައެއްކުދިން ފިލްމުތަކާ ޓިކްޓޮކްގެ ތަރިންނަށްވެސް ވަނީތާއެވެ. ނަމަވެސް އޭނަ ތަފާތެވެ. އޭނަގެ ނަޒަރިއްޔާތުގައި އެހުރިހާކަމެއްވެސް ގޯހެވެ. ސަބަބަކީ އޭނަ ބޮޑުވެފައިވަނީ އެފަދަ ކަންތައްތަކަށް ނަފްރަތުކުރެވިފައި ހުރެއެވެ. ތޮށްޓެއްގެ ތެރޭގައެވެ. ފަރުދާގެ ނިވަލުގައެވެ. ހަމައެކަނި ހަޔާތަށް އަންނަ ފިރިމީހާއަށްޓަކާ ނޫނީ އޭނަގެ ލޮލެއްވެސް އެހެންމީހަކަަށް ފެންނާން ހިތް އެދޭ ކުއްޖެއްނޫނެވެ. އޭނައަށް ހަށިގަނޑުން އެވަރު ތަންކޮޅެއް ފެނުމުންވެސް އެއްޗެއް ނުލައި އުޅެވޭކަމުގެ އިހުސާސްކުރެވުނީ އޭނަގެ ތަފާތުކަމުންނެވެ. ތަފާތީއެއް ނޫނެވެ. ހިތުގައި މާތްﷲގެ ރުއްސެވުމާއި ލޯބިފުޅުގެ އެދުން ހުރިހާ އެހެން ކަމަކަށް ވުރެ ބޮޑީއެވެ. އަދާއާއި މިންކާ ބާބެކިއު ގްރިލްއަށް ކުކުޅުފަޔާއި ސޮސެޖް އަދި އަލުތްވާއި މާޝްމެލޯ ލައިގެން ފިހެމުންދާއިރު އަރާ މީރުވަހުންވެސް މީހަކު ބަނޑުފުރިދާނެއެވެ. އެކުދިންނަށްވެސް މިރޭ ލިބިފައިވަނީ ތަފާތު އުފަލެކެވެ. އަދާގެ ލޯ ދޭތެރެއަކުން ހޯދައިލަނީ އަޔާޒްގެ ފެނިލާތޯއެވެ. މިންކާ ހިތްހަމަޖެހެނީ އޭނަގެ ގޭ މީހުންނާއެކު ދަތުރު ނުގޮސް އާލިއާއާއެކު ހޭދަކޮށްލެވުނީމައެވެ. އާލިއާ ހީހީފައި އުޅުނަސް އޭނަގެ ހުރީ އެހާ އުފަލަކުންނޫނެވެ. އެތެރެހަށީގައި ކިތަންމެ ބޮޑު ތޫފާނެއް އުތުރިއެރިޔަސް އެކުއްޖާ ކެތްކުރަންދަނެއެވެ. މާތްﷲއަށް އިތުބާރުކުރެއެވެ. މާޒިންގެ ހިތްވެސް ބަދަލުނުވާނެކަން އޭނައަށް އެނގެނީއެއް ނޫނެވެ. އަދި އެންމެފަހުން ބުނެލި ޖުމްލައިން ހިތުގައި އުއްމީދުގެ ހުޅުކޮޅެއް ދިއްލުނެވެ. ޕޭޖު ހުޅުވާފައި އަލުން ދައުވަތު ދިނުމުން ރުޅިއައުމުގެ ބަދަލުގައި މާޒިން އެކަމަށް މަރުހަބާ ކީއެވެ. އެއީ ހެޔޮ ފާލެކެވެ. "އަޔާޒުއާއި މާމަވެސް ބައިވެރި ކުރަންވާނެއްނު..." އަދާއަށް އެންމެ ފަހުން ބުނެލެވިއްޖެއެވެ. "ހޫމް މާމަގެ ނަން ކޮންމެހެން ކިޔާނެކަމެއް ނެތޭ...." މިންކާ ދިމާކޮށްލުމުން އަދާ ހިނިއައެވެ. "މިންކް. އެހެން ބުނި އެއްޗެއް ނޫނޭ. ސީރިޔަސްކޮށް އަޅުވާ ނުކިޔާ. އައި ރެސްޕެކްޓް ހިމް އެލޮޓް. ވަރަށް ކައިންޑްހާޓެޑް މީހެއްނު.." އަދާ ތައުރީފުކުރިއެވެ. "އަދާ ގެ ވާހަކައަށް ވަރަށް ތާއީދު. ދޮންބެހާ ހިތްހެޔޮ ކުލުނު ހުންނަ މީހަކާއި އަދި ދިމަލެއްނުވޭ. މަންމައާއި ބައްޕަ ނެތުމުގެ އުނިކަން ފިލުވާދިން މީހަކީ ދޮންބެ. އެކަމަކު.......ދޮންބެގެ..." އާލިޔާ އެއްޗެކޭ ބުނަން އުޅެފައި ހުއްޓާލައިފިއެވެ. "ޕްލީޒް ބުނެބަލަ. ކީކޭ ޕްލީޒް. އަހަރެމެން މީހެއްގެ ގާތު ނުކިޔާނަމޭ..." އަދާ އާދޭސްކުރަންފެށިއެވެ. "ދޮންބެގެ ވައިފް ދެކުދިން ގޮވައިގެން ފިލައިގެން ދިޔައީ. މައްސަލައަކަށްވީ ދީނީ ޚިޔާލު ތަފާތުވުން. އެއީ ސްޓައިލިޝްކޮށް އުޅޭ އަންހެންކުއްޖެއްވީމަ އެހެންވެސް ވާނެދޯ. އެނީވޭސް ދޮންބެ އަދާ އަދި މިންކާއާއި ދޭތެރޭވެސް ދެކޭނީ ހަމަ އަމިއްލަ ދަރިންހެން...." އާލިޔާ އެކުދިންނަށް ބަލާލާފައި ހިނިތުންވެލުމުން އަދާއަށް މަޖާވިއެވެ. "ޑޭމިޓް.." އަދާ އަމިއްލަ ނަފުސަށް އިވޭވަރަށް ކިޔައިލިއެވެ. ކުކުޅު ފައިތައް ފިހެވުމުން މިންކާ އެތިކޮޅެއް ނައްޓާލައިގެން ރަހަ ބެލުމަށްފަހު ލޯބޮޑުކޮށްލިއެވެ. "އާލިޔާގެ ކުޅަދާނަކަންދޯ. ކެއްކުމުގެ ހުނަރުވެސް އެބަހުއްޓޭ. ހުރިހާ ރަހައެއް ބަރާބަރު..." މިންކާ ބޮޑުވާ އިނގިލި އުފުލައިލަމުން އާލިޔާއަށް ތައުރީފުކުރިއެވެ. ލޮނު މިރުސްގަނޑު ތައްޔާރުކޮށްލަދިނީ އާލިއާއެވެ. އަދާ ކޮންމެ ބާވަތަކުން ހަމަކޮށް ދެތަށި ފުރާލުމަށްފަހު ތެދުވުނެވެ. "މާމަމެން ބާކީކޮށްފައި މަށަކަށް ނުކެވޭނެ..." އަދާ ތެދުވެގެން ހިނގައިގަތެވެ. "އަދާ މަޑުކުރޭ. އަހަންނޭ ދޮންބެމެންނަށް ތަށިތައް ގެންދާނީ. ދޮންބެ ހިތްހަމައެއް ނުޖެހޭނެ.." އާލިޔާ ކުކުޅުފައިތަކެއް ތަށްޓަކަށް ލަމުން އެނބުރި ބަލައިލިއެވެ. އަދާ މަޑުވެސް ކޮށްނުލާ ލޯމަތިން ގެއްލުމުން މިންކާ ހޭންފެށިގޮތަށް ލޮލުންފެން އަންނާންދެން ހުނެވެ. "އަދާއަށް ނޭގުނަސް ޝީ ހޭޒް އެ ކްރަޝް އޮން ހިމް. ބުރުގާ އެޅީވެސް އަޔާޒުގެ ސަމާލުކަން އަތުލަން ހެން ހީވޭ. އެދެމީހުން ގުޅުވަން އާލިއާ މަސައްކަތްކޮށްދީ....." މިންކާ ސީދަލަށް ބުނެލީ ނިކަން ހަމަޖެހިލާފައެވެ. "އަސްތަޣުފިރުﷲ. ތިކަހަލަ ޚިޔާލު ކުރަކަށްނުވާނެ. ބުރުގާ އަޅަންވީ މީހެއްގެ ސަމާލުކަން ހޯދާކަށް ނޫން. ވާޖިބަކަށް ވީތީ. މިގެއަށް އަންހެންކުދިން ނުވެސް ގެންނަން ހުންނަނީ. އެއީ ހުރިހާކުދިން ހެން ދޮންބެ ސްމާޓްކަމުގެ ވާހަކަދައްކާތީ. ބެލުންތިރި ކުރަން އަންގަވާފައިވާ ސަބަބަކީ މިއީ. އެގޮތަށް ކައިވެނި ހުއްދަނޫން މީހުންނާއި އަޅައިގަނެ އެމީހުންގެ ރީތިކަމަށް މޮޔަވެ އެނޫން ޚިޔާލެއް ނުކުރެވެންޏާ އެދެން ގޯސްވީ. އަދާގެ ލޯބިވެރިޔަކީ އަރްސަން. ކީއްވެ އެދެމީހުން ވަކިވީ؟ އަހަންނަށް ހީވާގޮތުން އަދާ އޭނަގެ ވާންއުޅޭ ފިރިމީހާއާއި ޖެހުނު މައްސަލަ ހައްލުކޮށް އެކަން ރަގަޅުކުރަން އަހަރެމެން އެހީވާންވީ. އެދެމީހުން ވަރަށް ކްލޯޒްކަމަށް އެންމެން ކިޔާނީ ސަބަބެއް އޮތީމަ..." އާލިޔާ އަވަހަށް ބުނެލިއެވެ. އޭނައަށްވެސް އަރްސަންގެ ކިބައިން ސަލާމަތްވާން އޮތީ އަދާގެ ހިތްވަރުންނެވެ. "އެތައް އަހަރެންވާންދެން އެކީ އުޅެ ފަސްދަރިން ލިބޭފަހުން ވަރިވާ މީހުން އެބަތިބި. ވީއިރު އަހަރެމެން ގޮތްކިޔާކަށް ނުވާނެ. އެބަޔަކަށް އެ ބަޔަކު ވަކިވީ ސަބަބު އެނގޭނީ. ފޯސްކުރާކަށް ނުވާނެ. އެމީހަކު ބޭނުން ބައިވެރިޔަކު ޚިޔާރުކުރުމުގެ ފުރުސަތު ދެމާ...." މިންކާ ބޭނުމީ އަޔާޒުއާއި އަދާގެ ލޯބީގެ ގުޅުމެއް އޮތުމެވެ. އަދާއަކީ ހުރިހާ ރީތި ސިފަތައް ލިބިފައިވާ އަންހެންކުއްޖެކެވެ. ކޮންމެ ފިރިހެނަކުވެސް މޮޔަވެގެން އުޅޭ ކުއްޖާއާއިހެދި އަޔާޒު ވަކި ނޫޅެންވީ އޭނަގެ އިހުސާސްތައް ލައްވާފައި ނުވަނީހެއްޔެވެ؟ ގޭ މީހެއް ހެއްޔޭ އަހަން އުޅެފައިވެސް މިންކާއަށް ދުލުގައި ދައިގަނެވުނެވެ. އޭނަވެސް އަޔާޒުއަށް އަދަބުވެރިވުން މަޖުބޫރުކުރުވާފަދަ ގޮތެއް އެމޫނުގައި ހުރެއެވެ. މާތް ރަގަޅު ސޯލިހު ފާޑުގެ ޒުވާނެކެވެ. އަލި މޫނެެއްގެ ވެރިއެކެވެ. ވަރުގަދަ ޝަޚުސިއްޔަތެކެވެ. މިންކާއަށް ބަލައިލެވުނުއިރު އާލިޔާ ހުރީ އަލިފާންގަނޑަށް މާޝްމެލޯއެއް ލައިގެންނެވެ. އެއަޅި ދެލޮލަށް އަލިފާނުގެ މަޑު އޮރެންޖް އަލި އެޅުމުން ހަމަ އަރްސަންގެ ލޮލުގެ މަތިން ހަދާންވެގެން ހިތަށް ތަދުވިއެވެ. މޭގައި ފިރުމާލެވުނެވެ. "ހެޔޮނުވާނެ. ތި ދެލޯ ފޮރުވައިގެން އުޅެބަލަ..." މިންކާ ހިތުން އޭނަ ބުނީ އަމިއްލަ ނަފުސަށް އިވޭވަރަށެވެ. "ކިހިނެއްވީ. މަގޭ ދެލޯ ފެނުނީމަ މިންކާވެސް.." އާލިޔާ ހޭންފެށިއެވެ. "ރީތިވީމަ...ހަހަ މަ ވަރަށް އެސްފީނާ ޖަހަން މޮޅު..." މިންކާ ބުނެލީ ހެމުންނެވެ. ލަދު ގަތަސް އޭނައެކަން ފޮރުވިއެވެ. އާލިއާއަށް އޭނަ އެހެން ބުނީ އާލިއާއަށް އިއްވަން ނޫންކަމެއް ނޭގޭނެތާއެވެ. އޭނަގެ ހިތް އަދިވެސް ހެވެއްނޫނެވެ. ނަމަވެސް ކުރިންހާ ހަސަދަ އެހިތުގައި ނޯންނަހެން ހީވާފަހަރުވެސް އާދެއެވެ. އަމިއްލަ އާއިލާއަށްވުރެ މިގޭގައި އުޅުމުން އުފާވެރިކަމާއި ހިތްހަމަޖެހުމުގެ އިހުސާސްތައް އިތުރުވެއެވެ. އަދާ އެކޮޓަރިއަށް ވަން އިރު ގުރުއާނުގެ ހިތްގައިމު އަޑު ކޮޓަރިތެރޭ ހަރުލާފައިވިއެވެ. ކިރިޔާ އިވޭވަރަށެވެ. އަޔާޒްއިނީ އޭނަގެ މަންމަގެ ފައިތިލަ ސާފު ތުވާލިކޮޅަކުން ފޮހެދޭށެވެ. މާމަގެ ބަލީގެގޮތުން ވަރަށް ގިނައިގެން ފާޚާނާއަށް ގޮސް ފެން އަޅާ ކަމަށް އާލިޔާ ބުނެއެވެ. އަޔާޒު ނޫން މީހެއްނަމަ ތަކުރާރުކޮށް ފާޚާނާއަށް ގެންގޮސްދޭނެ ހެއްޔެވެ؟ ފާޚާނާ ކުރުމުގެ ބަހަނާގައި ގިނައިން ވަންނަނީ ފަޔަށް ފެން އަޅަންކަން އެނގޭއިރުވެސް އަޔާޒް އޭނަގެ މަންމައަށްޓަކާ ހުސްވެގެން އެހުންނަނީއެވެ. ސޯލިހު ދަރިންނަކީ މިއީއެވެ. އަދާ ހިތާހިތުން ތައުރީފުކުރިއެވެ. "ރަމަޟާން މުބާރަކު...." އަދާ އިރުކޮޅަކު ބަލަން ހުރެފައި ކަރުކެހިލީ އޭނަ ހުރިކަން އަޔާޒްއަށް އެންގުމުގެ ގޮތުންނެވެ. ކޮޓަރީގެ ދޮރު ހުޅުވާލާފައި ހުއްޓަސް ހުއްދަ ހޯދާ ސަލާމް ގޮވަން އޭނަ ހަދާންނެތުނީއެވެ. އަޔާޒް އެނބުރި ބަލައިލިއިރުވެސް އޭނަގެ މޫނަކަށް ނަޒަރު އަމާޒެއް ނުކުރިއެވެ. "މިހިރީ މާމަ އާއި ޑޮކްޓަރ އަޔާޒުއަށް ގެނައި އެއްޗެހި...."އަދާ ބުނެލިއެވެ. "ޖަޒާކަﷲ ޚައިރަން..........." އަޔާޒު ތެދުވެގެން އައިސް ތަށިތައް އަތުލިއެވެ. ދެންމެ ފެންވަރާލައިގެން އައިހާ ތާޒާ ލުއި ވަހެއް އޭނަގެ ގައިން ދުވައެވެ. ސްވެޓްޕޭންޓާއި ކަޅުކުލައިގެ ޓީޝާޓުގައި ހުރިއިރު ކަސްރަތީ ހަށިގަނޑުގެ މަސްތައް ފާޅުވާން ހުއްޓެވެ. އެފަދަ ނަޒަރަކުން އަޔާޒްއަށް ބެލުމަކީވެސް ފާފައެއް ކަމަށް އަދާއަށްވެސް ހީކުރެވުނެވެ. އާލިޔާގެ ފަރާތުން "ހަލާލް ގުޅުން" އެ މައުޟޫއަށް އެތައް ވާހަކަތަކެއް އެނގިފައިވާތީއެވެ. "މާމަ ކިހިނެއް....މިއީ މާމަގެ ޓަވަލް ކަލެކްޝަންތަ؟ " މާމަ ކައިރީ އިށީދެ އެނދުމަތީ ހުރި ކުލަކުލައިގެ ތުވާލިކޮޅުތަކަށް ބަލައިލަމުން އޭނަ އެހިއެވެ. އަޔާޒް ތަށިތައް މޭޒުމަތީ ބެހެއްޓިއެވެ. ފޯނު ހުޅުވައިގެން ހުރެ އާލިޔާއަށް މެސެޖްކުރަނީކަން ނޭގެއެވެ. އޭނަ ކުށްވެރިކުރާނެކަން ޔަގީނެވެ. "އިއާން އެއޮތް ރoނީ. އެކުއްޖާ ވެއްޓިދާނެ.." ކުއްލިއަކަށް މާމަ އެނދުގެ ފައިލާކޮޅަށް ބަލައިލީ ބިރެއްފެނިގެން ފަދަ ގޮތަކަށެވެ. "އިއާން...."މާމައަށް އެފެނުނު ޚިޔާލީ އިއާން އެއް އަދާއަކަށް ނުފެނުނެވެ. "އޯކޭ މާމާ. އިއާން ވެއްޓުނަ ނުދީ މި ނަގަނީ..." އަދާ މާމަ ބަލަން އިން ދިމާލަށް ދިޔައެވެ. "ދަރިފުޅު ހިރާ އަތަށް ގެންގޮސްދީ ބަލަ. ކާންނުދީ އޮތީމަ ބަޑުހައިވެ ހާންތިވެފައި ތިއޮތީ..." މާމަ އެދުނެވެ. އަދާ މާމަ ގާތުގައި އިށީދެފައި ކުޑަކޮށް ބައްދައިލިއިރު މިންކާ ދޮރާއި އަރާ ހަމަވީއެވެ. އޭނަ ފޯނުން އެ މަންޒަރު ނެގިއެވެ. އަޔާޒްވެސް އެ ފޮޓޯއަށް އަރުވަން މިންކާ އިސްކަން ދިނެވެ. އޭނަ މިފޮޓޯ ފޮނުވައިލާނީ ސީދާ އަރްސަންއަށެވެ. އަޔާޒްއާއި އަދާގެ ގުޅުމެއް އޮތްކަން ހީކުރެވުމުން އޭނަގެ ސިކުނޑިއަށް އަންނާނެ ޒަލްޒަލާއެއްވެސް ނޭގެއެވެ. ބޯ ގޮވާނެއެވެ. އެވަގުތު އާލިޔާވެސް ދޮރުން ބޯދިއްކޮށްލިއެވެ. އަދާ ގިނައިރުވާން ފެށީމަ އެކުދިން އެކޮޓަރިއަށް އައީއެވެ. އަޔާޒް ދޮންބެ އެބައަންނަމޭ ކިޔާފައި ނުކުތުމުން ނުރުހިގެން ދިޔައީކަމުގައި އަދާ ޔަގީންކުރިއެވެ. ނަމަވެސް އެ ސުވާލު ހިތުގައި ބޭއްވީއެވެ. އަޔާޒް އުޅޭގޮތުން ހިތް ކިޔާގޮތެއް ވަނީއޭ ހިތަށް އަރާފައި އަދާ ހިނި އައެވެ އާލިޔާ އިމާމުވެ ހުރެ ތަރާވީހު ކުރިއެވެ. މިންކާއަށް ކުރެވުނީ އަށް ރަކުއަތެވެ. އޭނަ ބަލިވެގެން ހުއްޓައިލިއެވެ. އަދާ ހިތްވަރުކޮށްލާފައި ވިހި ރަކުއަތް ފުރިހަމަވާންދެން ހުއްޓެވެ. "އަދިވެސް މަގޭ ފައިގާ އެބަ ރިއްސާ. ކަލޭމެން ވާ ކެތްގަދަ..." މިންކާ އިނީ ފޯނުން އެފްބީ ހާވާށެވެ. އާލިޔާ ސެޓްޑްނެކް ޖެލް އުރައެއްގެނެސް އޭގެ އެތިކޮޅެއް ހާކާލާފައި މިންކާގެ ފައި މަސާޖްކޮށްލަދިނެވެ. ނަމާދުގެ ފޮނި މީރުކަން އިހުސާސްކުރެވުމުން އަދި ވުޟޫކޮށްގެން ނަމާދުގަޑިއަށް ބަލަބަލާ ހުންނާނެ ދުވަހެއް އަންނާނެ ކަމަށް އާލިއާ ބުނެލިއެވެ. ތަރާވީހަކީ ރަމަޟާނަށް ޚާއްސަ އަޅުކަމަކަށް ވުމުން އެމީހަކަށް ކުޅަދާނަވީވަރަކުން ކުރަންވާނެ ކަމުގައި އާލިޔާ ބުނެލިއެވެ. އަދި ރޯދަމަހު އުޅެންވާގޮތުގެ ލިސްޓެއް ކިޔާދިނެވެ. ފަރުޟު ނަމާދުގެ އިތުރުން ދަމު ނަމާދު ތަރާވީސްފަދަ ސުންނަތް ނަމާދުތައް ކުރުމާ ގުރުއާން ކިޔެވުން ގިނަކުރުން ސަދަގާތް ކުރުން ޒިކުރުކުރުން ސަދަގާތްކުރުން އިސްތިޣުފާރުކުރުން ދުޢާކުރުން ސަލަވާތްކިޔެވުން އަދި ތައުބާވުންފަދަ ކިތަންމެ ކަމެއް ހިމެނެއެވެ. މިސްކިތްތަކުގައި ބޭއްވޭ ދަރުސްތަކުގައި ބައިވެރިވުމާއި މީސްމީޑިއާގައި އިލްމި ފެތުރުން ނަބިއްޔާގެ ސުންނަތް ފެތުރުން މީސްތަކުންނަށް ނަސޭހަތް ދިނުމާއި ނަސޭހަތްއަޑުއެހުން ފަތިސްނަމާދަށްފަހު އިރު އަރަންދެން ގުރުއާން ކިޔެވުން ނުވަތަ ޒިކުރު ކުރުމުގައި މުސައްލަ މަތިން ނުތެދުވެ އިނުންފަދަ ހެޔޮކަންތައްތަކަކީވެސް ސަވާބު ލިބޭނެ ކަންތައްތަކެވެ. އިރުކޮޅަކުން ބަލައިލިއިރު މިންކާ އޮތީ ބާލީހުގައި ބައްދާލައިގެން ނިދާލާފައެވެ. "އާލިއާގެ ދަރުސް މާ ދިގުވީ...ހެހެ " އަދާވެސް ބޭނުންވީ ކުރުކޮށްލާފައި ކޮންމެވެސް އެހެން ވާހަކައެއް ފަށާށެވެ. "އެކަަމަކު އާލިއާ ކޮންމެވެސް ކަމަކާ ވިސްނާކަން އެނގޭ. އޭރު މާޒިން ބުނީ ކީކޭ؟ " މާޒިންގެ ނިންމުން ބަދަލުކޮށް އޭނަގެ ބޭބެ އަރްސަންއާއި ކައިވެނި ކުރަން ބްލެކްމެއިލް ކުރާ ކަމަށް ބުނަން ކެރޭނީ ކިހިނެއްހެއްޔެވެ؟ އަރްސަންއަކީ އަދާގެ ކުރީގެ ލޯބިވެރިޔާއެވެ. އެދެމީހުން ވަކިވީ ކޮން ސަބަބަކާ ހުރެކަން އަދިވެސް އެކުވެރިންނަށްވެސް އަރަތަކަށްވެ އެމީހަކަށް ފެންނަ އެއްޗެއް ބުނަމުންދަނީއެވެ. އާލިއާ ދޮގުހަދާކަށް ބޭނުމެއްނުވިއެވެ. ސީދާ އަރްސަންގެ ވާހަަކަ ބުނެފިއްޔާ އަދާ ރުޅިއަތުވެދާނެހެންވެސް ހީވެ އެހެން ބުނާކަށްވެސް ނުކެރުނެވެ. "އެއީ ކައިވެންޏާ ބެހޭގޮތުން. ފަހުން އެކަމާ ވާހަކަ ދައްކާނީ...." އާލިޔާ ގަދަކަމުން ކަހަލަ ގޮތަކަށް ހީލިއެވެ. މާޒިންގެ ސަބަބުން މި ބަރަކާތްތެރި ރަމަޟާންގައި ލިބިފައިވާ އުފާވެރިކަމާއި ހިތްހަމަޖެހުން ގެއްލިގެންދާކަށް އޭނަ ނޭދެއެވެ. އާލިޔާގެ ފޯނަށާއި ޕޭޖަށް މެދުކެނޑުމެއްނެތި ރަމަޟާން މުބާރަކާއި މެސެޖްތައް އޮހެމުންދިޔައެވެ. ބަރަކާތްތެރި ރަމަޟާންމަސް އައީ އާލިޔާފަދަ ދީނަށް ލޯބިކުރާ ކުދިންގެ އިތުރުން އެހެން މީހުންނަށްވެސް ޚާއްސަ ދުވަސްވަރެއްގެ ގޮތުގައެވެ. *** ސްކައިޕެލެސްގެ އާއިލާއާއި އެކުވެރިންނާއި ތިމާގެ މީހުންވެސް ފަޅުރަށަކަށް އައީ އެދުވަހުގެ އުފަލުގއި ބައިވެރި މަޖާކޮށްލުމަށެވެ. އެއީ މައިމޫނު ގަނެފައިވާ ރަށެއްކަމުން އެމީހުންނަށް މިނިވަންކަން އޮތެވެ. ހުޅަނގުގެ ކުލަ ޖެހިފައިވާ ގޮނޑުދޮށެކެވެ. ގިނަޒުވާނުން ތިބީ ޓައިޓާ ސޯޓްކޮޅު ބާރު ޓޮޕްކޮޅުފަދަ ހެދުންތަކުގައެވެ. ސުކައިނާވެސް ޓައިޓަކާއި އަތްކުރު ޓޮޕެއްގައެވެ. މުޅިންވެސް ނިވާކަން ކުޑަ ހެދުންތަކެވެ. ފިރިހެންކުދިންވެސް ރީތި ހަށިގަނޑުތައް އިޝްތިހާރުކޮށްލައިގެން އަވީ ލައިގެންނެވެ. ސަންބެޑްތަކާއި ގޮނޑުދޮށުގައިވެސް ބައެއް ޖޯޑުތައް ގައިގޯޅިކޮށް އުޅޭތަން ފެނެއެވެ. އެއްދިމާލެއްގައި ޝީޝާ ބުއިމުގެ ފޯރީގައި ތިބިއިރު ބައެއް ކުދިން އަތުގައި ހުރި ތުނި ބިއްލޫރިތަށިތަކުގައި ހުރީ ރަލެވެ. މަޣުރިބާއި އިޝާ ގަޑީގައި ވަކިން ފޯރިގަދަވިއެވެ. އަލިފާންގަނޑުތައް ރޯކޮށްލައިގެން ބާބެކިއު ހެދުމާއި މިއޒުކްގައެވެ. ނެށުމުގައެވެ. އެކަކުވެސް ނަމާދުގެ މަތިން ހަދާނެއްނެތެވެ. އަރްސަންވެސް އިނީ ޝީޝާއަދި ތާސްކުޅުމުގެ އަވައިގާ ޖެހިފައެވެ. މާތްﷲގެ ފަރުޟެއް ދޫކޮށްލާފައި ދުނިޔޭގެ އުފަލާ މަޖަލުގެ ތެރެއަށް ގެނބިގެން ދާއިރު ކޮންމެ ވަގުތަކުވެސް މަރުވެދާނެކަން ހަދާނެއް ނުވޭތަ ސޭމް؟ މިހެން ބުނަނީ ލޯބިވާވަރުން. ލޯބިވާ މީހަކު ނަރަކައިގެ ދަރުގަނޑަކަށްވާން އެދޭނީ ކާކުތަ؟ " މިންކާގެ ވައިބާ މެސެޖެއް ލިބުމުން އަރްސަން ހިނި އައެވެ. މިކުއްޖާގެ މެސެޖްތައް ބޮންތަކެއް ހެން އޮއްސާލާ ފޯނު އެބަ ފުރާލައެވެ. ހަމަ ފޫހިނުވާނީހެއްޔެވެ؟ އަޖައިބެކެވެ. އަރްސަންގެ އުފާވެރިކަން އެއްކޮށް ނެތިގެން ދިޔައީ މިންކާ ދެން ފޮނުވައިލި ފޮޓޯގަނޑަކުންނެވެ. އަދާ އާލިޔާގެ މާމަގެ ގައިގާ ބައްދާލައިގެން އިންއިރު އަޔާޒް ހުރީ މޭޒުކައިރީގައެވެ. ކުރިމަތީގައި ކުކުޅުފަޔާއި އެއްޗެހިލާފައި ހުރި ތަށިތަކެވެ. އަރްސަންގެ މުޅި ހަށިގަނޑުގައި ހުޅުހިފިހެން ހީވިއެވެ. ކުރިމަތީގައި އަޔާޒް ނެތީ އޭނަގެ އުމުރުގައި ތަން ހުރިކަމުންނެވެ. ރުޅިގަދަވެގެންގޮސް މޫނަށް ރަތްކުލަވެރިވެގެން ދިޔުމާއެކު އޭނަ ދުރަށް ދާން ހިނގައިގެންފިއެވެ. ފާލަމުގެ އެންމެ ކޮޅުގައި ހިޔަންޏެއްފަދައިން އަރްސަން އަނދިރީގައި ފެންނަން ހުރިއިރު އޭނަ ރުއިވަރު އިންސާނަކަށް ނޭގޭނެއެވެ. އަދާ އޭނައަށް ބޭފަވާތެރިވީ އެހެން ފިރިހެނަކަށްޓަކާކަމެއް ކުރިއަކުން ހިޔެއް ނުކުރެއެވެ. މިންކާގެ މެސެޖްތައް އޭނަ ހީކުރީ ދޮގުކަމަށެވެ. ނަމަވެސް ހަގީގަތް މިއޮތީ ފެންނާށެވެ. "އަހަންނަށް ކެހިދީފައި ވަކި ހަމަޖެހިގެން އުޅެވޭނެތަ؟ ޔޫ ވިލް ރިގްރެޓް.. އައި ސްވިއާ....." އަރްސަން މޫދަށް ފުންމާލާފައި ފަތައިގަތީ ރަށާ ދުރަށެވެ. ނުނިމޭ
ނިރުބަވެރިޔާ 20
"ދެން ޔަސްރިބަށް ދާ އެންމެ ފުރަތަމަ ވިޔަފާރި ގާފިލާއާ އެކު އެ ރަށަށް ދޭ. އަދި ގޮސް ކަޢުބު ބްނު މާލިކާ ބައްދަލު ކުރޭ." މުސްލިމުންނާ އިދިކޮޅު ލަޝްކަރުގެ ވެރިޔާ ބުންޏެވެ. "އަޅުގަނޑު ކަޢުބު ބްނު މާލިކް ގާތުގައި ބުނާން ވީ ކީކޭ ތޯ؟" އަސަދު އެހިއެވެ. "އޭނާ ގާތު އެއްވެސް އެއްޗެކޭ ބުނާނެ ކަމެއް ނެތް." ލަޝްކަރުގެ ވެރިޔާ ބުންޏެވެ. "ދެން ކީއް ތޯ ކުރާން ވީ؟" އަސަދު އެހިއެވެ. "ކުރާން ވީ ކޮންް ކަމެއް ކަން، އެ ކަމުގެ ވަގުތު އައިސް ޖެހުނީމާ ކަލެއަށް އެނގޭނެ. ދެން ފެން ބޮއި!" ލަޝްކަރުގެ ވެރިޔާ ބުންޏެވެ. ***** ފަތިސް ނަމާދުކޮށްގެން ގޮނޑިއެއް ހިފައިގެން ބޭރަށް ނުކުމެ މެދުގޯތީގައި ގޮނޑި އަޅައިގެން ކަޢުބު އިށީނެވެ. އަދި މަޑުމަޑު އަޑަކުން ﷲ އަށް ދުޢާ ދަންނަވާން ފެށިއެވެ. "މިއަޅާ ހައްދަވައި ބޮޑު ކުރެއްވި އިލާހު! މިއަޅާގެ ހުރިހައި ކަމެއް އިބަ އިލާހު މޮޅަށް ދެނެވޮޑިގެން ވޭ. ބިމުގެ އެއްވެސް ކަމެއް އަދި އުޑުގެ އެއްވެސް ކަމެއް ވިޔަސް އިބަ އިލާހަށް ވަންހަނާ ވެގެންނެއް ނުވޭ." "އައްސަލާމު ޢަލައިކުމް ޥަރަޙްމަތު ﷲ ޥަބަރަކާތުހޫ." މީހަކު އައިސް ކަޢުބަށް ސަލާމް ގޮވައިލިއެެވެ. "ޥަޢަލައިކައްސަލާމު. ތިޔައީ ކާކު؟" ސަލާމް ބަލައިގަންނަމުން ކަޢުބު ސުވާލު ކުރިއެވެ. "އަހަންނަކީ ތިބާގެ ރީތި ޅެންތަކުގެ އާޝިގުންގެ ތެރެއިން ވާ މީހެއް." ބޭރުން އައި މީހާ ބުންޏެވެ. "އަހަރެންގެ...؟" ކަޢުބު ސުވާލު ކުރިއެވެ. "ތިޔައީ މަޝްހޫރު ޝާއިރު ކަޢުބު ބްނު މާލިކެއް ނޫން ތަ؟ ޅެންވެރީންގެ ސާހިބާ އަދި އެމީހުންގެ ތެރެއިން އެންމެ މަތިވެރި އަދި އެންމެ ވިދައި ބަބުޅާ ތަރި." ބޭރުން އައި މީހާ ބުންޏެވެ. "ﷲ މިއަޅާ ރައްކާތެރިި ކުރައްވާށި! ސާހިބުވަންތައީ ހަމައެކަނި އެއިލާހު. އަދި މަތިވެރިވަންތައީ ވެސް ހަމައެކަނި އެއިލާހު ތަބާރަކަ ޥަތަޢާލާ." ކަޢުބު ބުންޏެވެ. "ތިބާގެ ގަސީދާއެއް ކަމުގައި ވާ 'ޔާ ހާޝިމަން' މިއީ އަހަންނަށް ވަރަށް ކަމު ދިޔަ ގަސީދާއެއް." ކަޢުބުގެ ވާހަކަތަކަށް ރައްދު ދިނުމެއް ނެތި ބޭރުން އައި މީހާ ބުންޏެވެ. "ވަރަށް ބޮޑަށް ޝުކުރިއްޔާ! ތިބާގެ ހާޖަތަކީ ކޮބާ؟" ކަޢުބު ޝުކުރިއްޔާ ބުނެފައި ސުވާލު ކުރިއެވެ. "އަހަރެން މި އައީ ތިބާއަށް އޮތް ސިޓީއެއް ހިފައިގެން." ބޭރުން އައި މީހާ ބުންޏެވެ. "ސިޓީއެކޭ..؟!! އަހަންނަށް އޮތް..؟!! ރަނުން ޖަރީ ކޮށްފައި ވާ އުރައެއްގައި..؟!!" ކަޢުބު ހައިރާންކަމާ އެކު ސުވާލު ކުރަމުން ދިޔައެވެ. "މިއީ ބޮޑު ރަސްކަލަކު ބޮޑު ޅެންވެރިއަކަށް ފޮނުއްވި ވަރަށް ކުޑަކުޑަ އެއްޗެއް." ބޭރުން އައި މީހާ ބުންޏެވެ. "ތިބާ މި ތަނަށް ފޮނުވީ ކާކު؟" ކަޢުބު ސުވާލު ކުރިއެވެ. "މަލިކު ޣައްސާން. ސީދާ އެރަސްގެފާނު އަމިއްލަފުޅަށް." ބޭރުން އައި މީހާ ބުންޏެވެ. "ރޫމީންގެ މަލިކު ޣައްސާނޭ..؟!! އެރަސްގެފާނު އަހަރެންގެ ކިބައިން ބޭނުންފުޅު ވަނީ ކޮން ކަމެއް؟" ކަޢުބު ހައިރާންކަމާ އެކު ސުވާލު ކުރިއެވެ. "އަމިއްލައަށް ސިޓީގައި ވާ އެއްޗެއް ބައްލަވާ! އޭރުން އެނގި ލައްވާނެ." ބޭރުން އައި މީހާ ކަޢުބުގެ އަތަށް ސިޓީ ދިއް ކޮށް ލަމުން ބުންޏެވެ. އުރައިގެ ތެރެއިން ސިޓީ ނެގުމަށް ފަހު ކަޢުބު އެ ސިޓީ ކިޔާން ފެށިއެވެ. "މަލިކު ޣައްސާނުގެ ފަރާތުން މަޝްހޫރު ޝާއިރު ކަޢުބު ބްނު މާލިކަށް، ތިބާގެ ސާހިބާ ތިބާ ދޫ ކޮށް ލައްވައިފި ޚަބަރު އަހަރެެމެން އަހައިފީމުއެވެ. އަހަރެމެންނާ ގުޅި ލައްވާށެވެ. އަހަރެމެން ތިބާއަށް އެހީތެރި ވާނޫއެވެ. އަދި ތިބާއަށް މާތްކޮށް ހިތާހުށީމެވެ. ދެ ފަރާތަށް މެ ލާބަ ހުރި ޖަވާބެއްގެ އިންތިިޒާރުގައި ހުރީމެވެ." "ތިބާގެ ރައުޔަކީ ކޮބާ؟" ކަޢުބު ސިޓީ ކިޔައި ނިމުމުން މަލިކު ޣައްސާނުގެ ގާސިދު ބުންޏެވެ. އެއަށް ޖަވާބު ދިނުމެއް ނެތި ކަޢުބު އޭނާގެ އަންހެނުންނަށް ގޮވައި ލިއެވެ. "ޙައްޥާ! ތެލީގެ ދަށުގައި އަލިފާން ރޯ ކުރޭ!" "އަހަންނަށް ދޭން ކައްކާނެ ކަމެއް ނެތް. އަހަރެން މި ވަގުތު އެއްވެސް އެއްޗެއް ކާކަށް ބޭނުމެއް ނޫން. ޝުކުރިއްޔާ!" މަލިކު ޣައްސާނުގެ ގާސިދު ބުންޏެވެ. "މެހުމާނަކު އައީ ތޯ؟" ކަޢުބުގެ އަންހެނުން އެ ވަގުތު އެ ތަނަށް ނުކުމެ އެހިއެވެ. "އަލިފާން ރޯ ކުރޭ!" ކަޢުބު އޭނާގެ އަންހެނުންގެ ސުވާލަށް ވެސް އަދި މަލިކު ޣައްސާނުގެ ގާސިދުގެ ވާހަކައަށް ވެސް ޖަވާބު ދިނުމެއް ނެތި ބުންޏެވެ. ***** "ކާފާ! ކީއް ވެގެން ތޯ މަލިކު ޣައްސާނުގެ ގާސިދަށް ވެސް އަދި ޙައްޥާއަށް ވެސް ޖަވާބު ދިނުމެއް ނެތި އަލިފާން ރޯ ކުރާން ކަޢުބު ބުނީ." އަމީރާ ޞަފާ ސުވާލު ކުރެއްވިއެވެ. "އެއީ އެ މީހާ އެ އަލިފާންްގަނޑަށް އެއްލައި ލާން ވެގެން ތޯ؟" އަމީރު މުޙައްމަދު ވިދާޅުވިއެވެ. "މަންމައަށް ޔަގީން އެހެންް ނޫން ކަން. މީސްމީހުން އަލިފާނަށް ލައި އެންދުުމަކީ މުސްލިމުންގެ އިންސާނިއްޔަތުކަމާ ޚިލާފު ކަމެއް." ސަލްމާ ވިދާޅުވިއެވެ. "އެހެންވެއްޖެއްޔާ އެއީ އެ މެހުމާނާއަށް ކާން ދިނުމުގެ ގޮތުން ކެއްކުމަށް." އަމީރާ ޞަފާ ވިދާޅުވިއެވެ. "އެއަށް ފަހު މަލިކު ޣައްސާނުގެ ޖާސޫސެއްގެ ގޮތުގައި މަސައްކަތް ކޮށް ދިނުމަށް އެއްބަސް ވީ..؟!!" އަމީރު މުޙައްމަދު ސުވާލުގެ ރާގެއްގައި އެއްސެވިއެވެ. "ދަރިފުޅުމެންނޭ! ހަގީގަތް އެނގި ބަޔާން ވުމުގެ ކުރީން ހުކުމް އިއްވުމަށް އަވަސް ވެ ނުގަނޭ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ. "ކޮބައި ތޯ ހަގީގަތަކީ؟" އަމީރު މުޙައްމަދު އެއްސެވިއެވެ. "ކަޢުބު ބްނު މާލިކު ހެދީ ކިހިނެއް؟" އަމީރާ ޞަފާ ވެސް ވާހަކައިގައި ދެން ވީ ގޮތް އެނގިވަޑައި ގަތުމުގެ ޝައުގުވެރިކަމާ އެކު އެއްސެވިއެވެ. "އަދިވެސް މި ވާހަކަ ނުއެއް ނިމޭ. އަދި ވާހަކަ ހުއްޓާލާފައި އަރާމު ކުރާން ދިއުމުގެ ވަގުތު ޖެހިއްޖެ. ދެން އޮތް ބައި ކިޔާނީ ފަހުން." ގާޒީ ޞަފިިއްޔުއްދީނު ވިދާޅުވިއެވެ. "މި ވަގުތު ދެން ވާހަކަ ނިމޭން ދެން މަޑު ކުރައްވާން ވީ ނޫން ތޯ ވާހަކަ ކިޔައި ދެއްވާން." އަމީރު މުޙައްމަދު ވިދާޅުވިއެވެ. "ދަރިފުޅާ! ކޮންމެ ކަމަކަށް ވެސް ވަގުތުގެ ތެރެއިން ހައްގު ވަނީ ވަކި މިންވަރެއް. އެއަށް ވުރެ ގިނަ ވަގުތު ދީފި ނަމަ، އެހެން ކަމެއްގެ ހައްގަށް އުނިކަން އަންނާނެ. ކޮންމެ ކަމަކަށް ވެސް އިންސާފުވެރިކަމާ އެކު ވަގުތު ކަނޑައަޅައި، އެ ނިންމުމަށް އިހުތިރާމު ކުރުމާ އެކު ވަގުތުތައް ހަމަ ޖެއްސުމަކީ ތަހުޒީބު އިންސާނަކަށް މުހިއްމު ކަމެއް. ކަންކަން ކުރާން ޖެހޭނީ ކުރީން ރާވާފައި ވާ ގޮތަށް. އެހެން ނޫނީ ގިނަ ފަހަރު ޖެހޭނީ ނާކާމިޔާބީއާ ކުރިމަތި ލާން. ކާމިޔާބު މީހުންނަކީ ވަގުތުތައް ބަހާލައިގެން ކޮންމެ ކަމަކަށް ވެސް ކަނޑައެޅި ވަގުތު އެ ކަމަކަށް ދީގެން ކުރިޔަށް ދާ މީހުން. ދެން ވާހަކަ ކިޔައި ދޭ ގަޑީގެ ކުރީން ވަރަށް ފުރިހަމަ ހަދިޔާއެއް ވެސް އޮންނާނެ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ. "އެއީ ކޮން ހަދިޔާއެއް ތޯ؟" އަމީރާ ޞަފާ ސުވާލު ކުރެއްވިއެެވެ. "މި ވަގުތު ބުނެފިނަމަ ހަދިޔާ ލިބޭ ވަގުތުގެ ލައްޒަތު ގެއްލޭނެ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ. "ދެން ވާހަކަ ކިޔައި ދެއްވާ ގަޑީގައި އެ ވާހަކަ ނިމޭން ދެން ވިދާޅު ވެ ދެއްވާން ވެސް ވާނެ." ސަލްމާ ވިދާޅުވިއެވެ. "އިންޝާ ﷲ! ދުޅަހެޔޮކަމާ އެކު ބައްދަލު ވުމުގެ އުއްމީދުގައި ވަކި ވެ ލަން." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ. ***** "ބާއްޖަވެރި ހެނދުނެއް ކާފާ!" އަމީރު މުޙައްމަދު ވިދާޅުވިއެވެ. "އުޖާލާ ހެނދުނެއް. ދަރިފުޅުމެންނޭ!" ގާޒީ ޞަފިއްޔުއްދީީނު ޖަވާބުގައި ވިދާޅުވިއެވެ. "އަޅުގަނޑުމެން މި ތިބީ އެންމެ ރީތި ހެދުން ލައިގެން. ހަދިޔާ ލިބި ގަތުމަށް ތައްޔާރު ވެގެން." އަމީރާ ޞަފާ ވިދާޅުވިއެވެ. "އެކަމަކު ތިޔަ ހެދުންތައް އެ ކަމަކަށް މުނާސިބު ވެގެންނެއް ނުވޭ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ. "އެ ހެދުންތަކުގައި އައިބެއް ހުރީ ތޯ؟" ސަލްމާ އެއްސެވިއެވެ. "ބައްޕަ ތިޔަ ކުދީންނަށް ދޭ ހަދިޔާއަކީ ކޯރުގައި ކިޝްތީ ދުއްވާލަން ދިއުމުގެ ދަތުރެއް. އެ ދަތުރު ދިއުމަށް ތިޔަ ހެދުންތައް މުނާާސިބެއް ނޫނެއް ނު؟" ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ. "ވޯއު. ބައްޕާ ތިޔަ ދަތުރު ދާ ހިތް ވަރަށް ބޮޑަށް އެބަ ވޭ." ސަލްމާ ވިދާޅުވިއެވެ. "އެ ދަތުރުގައި އެއްވެސް ކަހަލަ ނުރައްކަލެއް އޮންނާނެ ތޯ މަންމާ. އުސް ރާޅުތައް ދެކެ އަޅުގަނޑު ވަރަށް ބިރު ގަނޭ." އަމީރާ ޞަފާ ވިދާޅުވިއެވެ. "އުސް ރާޅުތައް ހުންނަނީ ކަނޑުގައި. ކޯރަކު ނޫން." އަމީރު މުޙައްމަދު ވިދާޅުވިއެވެ. "މީގެ ކުރީން ބައްޕައާ އެކު ކޯރުގައި ކިޝްތީ ދުއްވާލަން ދެވުނު ދަތުރުތަކަކީ ވެސް އުފާވެރި ދަތުރުުތަކެއް." ސަލްމާ ވިދާޅުވިއެވެ. "ދަރިފުޅާ! ހަނދާން ވޭ ތަ؟ އެއް ފަހަރަކު އަހަރެމެން ދިޔަ ދަތުރެއްގައި ދަރިފުޅު ނުފެނިގެން ހޯދަމުން ގޮސް އެންމެ ފަހުން ފުލުހުންގެ ވެރިޔާ ވަޑައިގެން އޭނާއަށް ދަރިފުޅު ފެނުނީ. ދަރިފުޅު އޮތީ ކޯރުގެ ކައިރީގައި ހުރިި ހިޔާ ބޮޑު ގަހެއްގެ ދޮށުގައި ސަޖާގަނޑެއް ފަތުރައިގެން އޭގެ މަތީގައި އޮށޯވެގެން. އަދި ގައިގައި ފޮތިގަނޑެއް އަޅައިގެން." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ. "އާދެ! ފުލުހުންގެ ވެރިޔާއަށް އަޅުގަނޑު ފެނުމުން އަޑުގެ ކޮޅަށް ގޮވަމުން ދިޔައީ. ފެނިއްޖެއޭ، ފެނިއްޖެއޭ ކިޔާފަ." ސަލްމާ ހަނދާންތައް އާ ކުރައްވަމުން ވިދާޅުވިއެވެ. ***** "ކީއްވެ ލަސް ވީ. ފުލުހުންގެެ ވެރިޔާ!" ވަޒީރު އަސްރާން އެއްސެވިއެވެ. "މަނިކުފާނު އަޅުގަނޑަށް ވިދާޅު ވި ކަން އަޅުގަނޑަށް އެނގުމާ އެކު ލަސް ކުރުމެއް ނެތި އަޅުގަނޑު މި އައީ." ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ. "ހިނގާ! އެތެރެޔަށް. މުހިއްމު ކަމަކާ ބެހޭ ގޮތުން ވާހަކަ ދައްކާން." ވަޒީރު ވިދާޅުވިއެވެ. އަދި އެތެރެއަށް ވަންނަވަމުން ވާހަކަ ކުރިޔަށް ގެންދެވިއެވެ. "ޙަލަބުގެ އިމާރިއްޔާއިން ސިޓީއެއް އަތުވެއްޖެ. ޚަލީފާއާއި ވަލީ އަހުދު މި ކޮޅަށް ވަޑައިގަންނަވާ މައުކިބު ދަތުރަށް ފަށައިފި ކަމުގެ ޚަބަރު އޭގައި ވޭ." "ކީއްވެގެން ބާ އެބޭފުޅުން އެހާ އަވަހަށް އެނބުރި މި ކޮޅަށް ވަޑައި ގަންނަވަނީ؟" ފުލުހުންގެ ވެރިޔާ އެއްސެވިއެވެ. "އަހަންނަކަށް ނޭނގޭ." ފަރުވާ ކުޑަ ރާގެއްގައި ވަޒީރު އަސްރާން ވިދާޅުވިއެވެ. އަދި އެއަށް ފަހު ވިދާޅުވިއެވެ. "މީގައި މުހިއްމީ އެ ބޭފުޅުން ވަޑައިގަންނަވާ މަގުތަކާއި މަޑު ކޮށްލައްވާ ތަންތަނުގެ ސަލާމަތީ ކަންކަން ހުރީ ރަނގަޅަށް ކަން ކަށަވަރުކުރުން." "ހުރިހާ ކަމެއް ވެސް ހުރީ ތައްޔާރަށް. ސާހިބާ!" ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ. "އަދި ހަމަ އެފަދައިން، ގާޒީއަށާއި އަމީރާ ސަލްމާއަށާއި ދެ އަމީރުންނަށް ވެސް މި ޚަބަރު ދީ." ވަޒީރު ވިދާޅުވިއެވެ. "މައްސަލައެއް ނޯންނާނެ. އެބޭފުޅުންނަށް އަޅުގަނޑު ދަންނަވާނަން." ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ. - ނުނިމޭ -
ސަލްމާއާއި ގުރްއާނުގައިވާ ރީތި ވާހަކަތައް 19
ކޮވިޑް-19އަށް ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެން ލޮކްޑައުންކޮށްފައިވާ ށ. ނަރުދޫގެ ކޮންމެ ގެއަކަށް އެ އަތޮޅު ފުނަދޫ ރައްޔިތުންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފި އެވެ. މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެއިން ފުރައިގެން އުތުރުގެ ރަށްރަށަށް ދަތުރުކުރި ނަރުދޫ އަށް ނިސްބަތްވާ އަމާޒު ބޯޓުގެ ކެޕްޓަން ކޮވިޑް 19 އަށް ވަނީ ޕޮޒިޓިވް ވެފެއެވެ. އަދި ފަހުން ނަރުދޫގެ 11 މީހަކު ވެސް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު އެ ރަށް އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ. ނަރުދޫ ރައްޔިތުންނަށް ކުރިމަތިވެފައިވާ ގިލަންވެރިކަމުން ސަލާމަތް ކުރުމަށް އަވައްޓެރި ފުނަދޫ އިން މިއަދު ވަނީ އެހީގެ ތަކެއްޗާއި އެކު ބޯޓެއް އެ ރަށަށް ބަނދަރުކޮށްފަ އެވެ. ށ. ފުނަދޫ ރައްޔިތުންގެ ފަރާތުން ފުރަބަންދުގައި އޮތް އެ އަތޮޅު ނަރުދޫއަށް އެހީގެ ތަކެތި ފޮނުވުނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު އެކަމާއި ގުޅިގެން ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހިމްފުޅު "ސަން"އަށް ވިދާޅުވީ، ކައުންސިލާއި ރަށުގެ ވިިޔަފާރިވެރިންނާއި މުއްސަސާތަކާއި މަސްވެރިންގެ އިތުރުން ޖުމްލަކޮށް ރަށުގެ ހުރިހާ ރައްޔިތުންގެ ދެ ދުވަހުގެ މަސައްކަތުން ބައި ލައްކައަށް ވުރެ ގިނަ ރުފިޔާގެ ކާބޯތަކެތި ނަރުދޫއަށް މިއަދު ފޮރުކޮށްދީފައި ވާނެ ކަމަށެވެ. އެގޮތުން ނަރުދޫގެ 85ގެއަށް ޕެކޭޖުތަކެއް ހަދިޔާކޮށްފައިވާއިރު އޭގައި ޒަރޫރީ ބޭނުންތަކަށާއި ރޯދަ މަހަށް ބޭނުން ކުރެވޭނެ ސާމާނު ހުންނާނެ ކަން ވެސް އިބްރާހިމްފުޅު ވިދާޅުވި އެވެ. އަދި މި ދަނޑިވަޅުގައި ނަރުދޫއަށް އެންމެ ދަތިވެފައިވާ ރޯ މަސް ވެސް ފޯރުކޮށްދިންކަން އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން ކޮންމެ ޕެކޭޖެއްގައި ތާޒާ ތިން ރޯމަސް ދީފައިވެއެވެ. މޭ، 17، 2020: ށ. ފުނަދޫ ރައްޔިތުންގެ ފަރާތުން ފުރަބަންދުގައި އޮތް އެ އަތޮޅު ނަރުދޫއަށް އެހީގެ ތަކެތި ފޮނުވަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު "ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެކު ހާއްސަކޮށް ސަރުކާރު މުއައްސަސާތަކުގެ މުވައްޒަފުންނާއި ވިޔަފާރިވެރިންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު،" އިބްރާހިމްފުޅު ވިދާޅުވި އެވެ. ނަރުދޫ ކައުންސިލުގެ ރައީސް އަހްމަދު އާރިފް ވިދާޅުވީ ފުނަދޫގެ ރައްޔިތުން ވެދިން އެހީތެރިކަން ޝުކުރުވެރިކަމާއެކު ގަބޫލުކުރާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދެ ރަށުގެ ގުޅުްނ އިތުރަށް ވަރުގަދަވެގެން ގޮސްފައިވާކަމަށް ވިދާޅުވިއެވެ. ނަރުދޫ ރައްުޔިތުންނަށް ކުރިމަތިވެފައިވާ މި އުނދަގޫ ހާލަތުގައި އެ އަތޮޅުގެ އެހެން ރަށްތަކުން ވެސް ވަމުން އަންނަ އެހީތެރިކަން ކައުންސިލުން ވަނީ ފާހަގަކޮށް އެކަމަށް ވެސް ޝުކުރު އަދާކޮށްފަ އެވެ. https://sun.mv/gallery/view/6159
ފުނަދޫ ރައްޔިތުންގެ ފަރާތުން ނަރުދޫގެ ކޮންމެ ގެއަކަށް ބޮޑު އެހީތެރިކަމެއް
ފަރުވާ ނުދެވިގެން ހަތަރު މަހުގެ ތުއްތު ކުއްޖަކު މަރުވި ކަމަށް ބުނާ މައްސަލަ އެފަދަ އެހެން ކޭސްތަކުގައި އަމަލުކުރަމުންދާ އުސޫލުގެ ދަށުން ބަލަމުންދާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ. އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ހަތަރު މަހުގެ ކުއްޖަ ފަރުވާ ނުދެވިގެން މަރުވިކަމަށްބުނެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. އެކަމާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، އިއްޔެ އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް، މަރުވި ކުއްޖާ އިމަޖެންސީއަށް ގެނައުމާއެކު އިމަޖެންސީ ޑޮކްޓަރުން، ސްޕެޝަލިސްޓުންގެ ލަފައާއެކު ކުއްޖާގެ ފަރުވާގެ ކަންކަން ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި ކުއްޖާގެ ބަލި ދެނަގަތުމަށް އަލްޓްރާސައުންޑާއި ސީޓީ ސްކޭންވެސް ހެދި ކަމަށް ނޫސްބަޔާނުގައި ބުންޏެވެ. "ކުއްޖާގެ ހާލަތު ބަދަލުވުމާ ގުޅިގެން ފުރާނަ ސަލާމަތްކުރުމަށްޓަކައި އިމަޖެންސީ ފިޒީޝަންއަކާއި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން، އޮޕަރޭޝަން ޑޮކްޓަރުން އަދި ހޭނައްތާ ޑޮކްޓަރުންގެ ޓީމަކުން ފަރުވާ ދެއްވި އެވެ. ނަމަވެސް އެ ތުއްތު ކުއްޖާގެ ފުރާނަ ސަލާމަތް ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ." އޭޑީކޭގެ ނޫސްބަޔާނުގައި ބުންޏެވެ. "މިފަދަ ހާލަތުގައި އަމަލުކުރަމަށް މި ހޮސްޕިޓަލުގައި ކަނޑައަޅާފައިވާ އެސްއޯޕީތަކާއި އެއްގޮތްވާ ގޮތުގެ މަތިން ތަފްސީލު ރިވިއު އެއް ހަދަން ވަނީ ފަށާފައި،" އޭޑީކޭގެ ބަޔާނުގައިވެ އެވެ. ބަޔާނުގައި އަދި ބުނީ، މިކަން ހިނގައިދިޔަ ގޮތް އާއިލާއާ މިހާރު ހިއްސާކޮށްފައިވާ ކަމަށެވެ. ބަޔާނުގައި އިތުރަށް ބުނީ މިކަމާ ގުޅޭ އިތުރު މައުލޫމަތު ރިވިއު ނިމިމުން ހާމަ ކުރާނެ ކަމަށެވެ.
ހަތަރު މަހުގެ ތުއްތު ކުއްޖަކު މަރުވި މައްސަލަ އެބަ ބަލަން: އޭޑީކޭ
އައްޑޫ ސިޓީއިން ކޮވިޑް 19 އިގެ ޓެސްޓް ހެދޭނެ އިންތިޒާމު މިމަސް ނިމޭ އިރު ހަމަ ޖެހޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ. އައްޑޫއިން ކޮވިޑް 19 އަށް ޓެސްޓް ނުހެދޭ މައްސަލާގައި ރައްޔިތުންގެ މަޖިލީހަަށް ވަނީ ކުއްލި މައްސަލައެއް ހުށަހަޅައިފަ އެވެ. ކޮވިޑް 19 އާ ގުޅިގެން އައްޑޫ ސިޓީއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް އެ ސިޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހަތް މެމްބަރުންނާ އެކު ހެލްތު މިނިސްޓަރު އަމީން އަދި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ. އެބައްދަލުވުމަށް ފަހު މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑަށް ޓެސްޓް ކުރުމުގެ އިންތިޒާމު މި މަހުގެ ނިޔަލަށް ހަމަޖެހޭނެ ކަމަށް ޑަބްލިއުއެޗްއޯއާ ހަވާލާދީ ހެލެތު މިނިސްޓަރު އަމީން ވިދާޅުވެފައިވާ ކަމަށެވެ. އޭގެ އިތުރުން އެބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމުގެ ތެރޭގައި އޭގެ އިތުރުން މާލޭގައި ތާށިވެފައި ތިބި އައްޑޫ ރައްޔިތުންގެ ކަންކަން ހައްލު ކުރުމާއި އެހީގެ ގޮތުގައި ލިބޭ ތަކެތި ފަސޭހައިން އައްޑުއަށް ފޮނުވޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނޭ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ. އެބައްދަލުވުމާ ބެހޭ ގޮތުން ރައީސް އޮފީހުން ބުނީ އެގޮތުން އައްޑޫސިޓީގެ ހުރިހާ މެންބަރުން ވެސް ވަނީ އައްޑޫގައި ވީއެންމެ އަވަހަކަށް ކޯވިިޑް-19 އަށް ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންފައި ކަމަށެވެ. "އަދި އެބޭފުޅުންގެ ދާއިރާތަކުގެ ރައްޔިތުންގެ ތެރެއިން މިވަގުތު މާލެއިން ނުވަތަ ރާއްޖޭން ބޭރަށް ފަރުވާ ހޯދުމަށް ދާން ބޭނުންވާ ފަރާތްތަކާމެދު ޢަމަލުކުރާނެ އުސޫލުތަކާ ބެހޭ ގޮތުން އެބޭފުޅުން ވަނީ މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައި. ހަމަ އެއާއެކު އެސިޓީގެ ރަށްރަށަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ފޯރުކޮށްދިނުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމާ ބެހޭ ގޮތުންނާ، އައްޑޫސިޓީގައި ހަމަޖައްސަވާފައިވާ ކަރަންޓީން ފެސިލިޓީސްގެ ސެކިއުރިޓީގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށް އެޅެންހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައި." ރައީސް އޮފީހުން ބުންޏެވެ. މެމްބަރުން އެދިލެއްވި ކަންކަން ސަރުކާރުން ބަލަމުން ގެންދާނެ ކަމުގެ ޔަގީންކަން ނައިބު ރައީސް ފައިސަލް ނަސީމް ދެއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އެން.އީ.އޯ.ސީ މެދުވެރިކޮށް އައްޑޫސިޓީއަށް ފޮނުވަން ބޭނުންވާ ތަކެތި ފޮނުވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް ނައިބު ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެބައްދަލުވުމުގައި މިނިސްޓަރު އަމީން ވަނީ ރަށްރަށަށް ކޯވިޑް-19 އާ ގުޅިގެން ބޭނުންވާ ހުރިހާ މެޑިކަލް ސާމާނު ފޯރުކޮށްދެވިފައިވާކަން ޔަޤީންކޮށްދެއްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. "އައްޑޫއާއި ރާއްޖޭގެ އެހެން ރަށްރަށުގައި ކޯވިޑް-19 ޓެސްޓް ހެދުމަށް ވަސީލަތްތައް ސަރުކާރުން ފޯރުކޮށްދިނުމުގައި ކުރިމަތިވަމުންދާ ގޮންޖެހުންތައް އެމަނިކުފާނު ވަނީ ވަރަށް ތަފްސީލުކޮށް ވިދާޅުވެދެއްވާފައި. އަދި ސަރުކާރުން މިކަންކަން ވީ އެންމެ އަވަހަކަށް ހައްލުކުރުމަށް މަސައްކަތްކުރަމުންދާނެކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައި." ރައީސް އޮފީހުން ބުންޏެވެ. މީގެ އިތުރުން އެއްވެސް ފަރާތަކުން އެހީތެރިކަން ފޯރުކޮށްދޭން ބޭނުންފުޅުވާ ނަމަ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއާ ގުޅިގެން އެ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތް އިންތިޒާމުކުރައްވާފައި ވާކަމުގައި މިނިސްޓަރު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އައްޑޫ ސިޓީއިން ހާޓްއެޓޭކެއް ޖެހިގެން މާލެ ގެނައި މީހަކު ވަރަށް ފަހުން ކޮވިޑަށް ޕޮސިޓިވްވި އެވެ. އަދި ފަހުން ދެވަނަ ޓެސްޓް ހެދިއިރު އޭނާ ވަނީ ނެގެޓިވްވެފަ އެވެ.
އައްޑޫއިން ކޮވިޑް19 ޓެސްޓް ހެދޭނެގޮތް މިމަސް ނިމޭރިއު ހަމަޖެހޭނެ: ސަރުކާރު
ރާއްޖޭގައި ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ސަރުކާރަށް އެހީތެރިވުމަށް އުރީދޫ މޯލްޑިވްސްއިން ސަރުކާރަށް 2.5 މިލިއަން ރުފިޔާގެ އެހީއެއް ދީފިއެވެ. އުރީދޫއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކުންފުނިން ސަރުކާރަށް 2.5 މިލިއަން ރުފިޔާގެ އެހީއެއް ދީފައިވާ ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ މިއަދު އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވާހަކަ ދައްކަވަމުން، އުރީދޫގެ އެމްޑީ އަދި ސީއީއޯ ނަޖީބް ޚާން ވިދާޅުވެފައިވަނީ އެ އެހީއަކީ ދިވެހިރާއްޖޭގައި ކޯވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މުހިއްމު މަސައްކަތްތަކަށް ބޭނުންވާ ވެންޓިލޭޓަރ، ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އަދި ޓެސްޓިން ކިޓް ހޯދުމުގައި ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް އެއްބާރުލުންދިނުމުގެ ގޮތުން، އުރީދޫއިން ފޯރުކޮށްދީފައިވާ އެހީތެރިކަމެއް ކަމަށެވެ. އުރީދޫއަކީ އަބަދުވެސް ދިވެހިންނާއި އެކު ތިބި ކުންފުންޏެއް ކަމަށް ވިދާޅުވެ، ކޮވިޑް-19އާ ގުޅިގެން މުޖުތަމައުގެ އެކި ފަރާތްތަކަށް ދިމާވެފައިވާ ދަތިކަމަށް ލުޔެއް ހޯދައިދިނުމުގައި އެ ކުންފުނިން މަސައްކަތްތައް ކުރިޔަށް ގެންދާނެކަމުގެ ޔަގީންކަން ނަޖީބް ޚާން ދެއްވިއެވެ. "އަޅުގަނޑުމެންގެ ދުއާއަކީ، އުރީދޫއިން ފޯރުކޮށްދޭ އެހީތެރިކަމާއިއެކު ސަރުކާރުން ކުރައްވާ މަސައްކަތަށް އިތުރު ހިއްވަރެއް ލިބި، ކޮވިޑް-19 ޕެންޑެމިކްގެ އަސަރުކޮށްފައިވާ ރާއްޖޭގެ އެންމެހާ ފަރާތްތަކާއި ގައުމުގެ އިގްތިސާދަށް ރަނގަޅު ހެޔޮ ބަދަލެއް الله ސުބުހާނަހޫ ވަތައާލާ މިންވަރުކުރެއްވުން." ނަޖީބް ޚާން ވިދާޅުވިއެވެ. ރާއްޖެއަށް އެހީތެރިވުމަށް ކުރެވޭ މަސައްކަތުގައި ދެއްވަމުން ގެންދަވާ އެއްބާރުލުމަށްޓަކައި، އުރީދޫ ގްރޫޕްގެ ޗެއާމަން، ހިޒް އެކްސެލެންސީ ޝައިޚް ފައިސަލް ބިން ޘާނީ އަލް ޘާނީ، އުރީދޫ ގްރޫޕްގެ ޗީފް އެގްޒެކެޓިވް އޮފިސާ، ހިޒް އެކްސެލެންސީ ސައުދް ބިން ނާސިރް އަލް ޘާނީ، އުރީދޫ ގްރޫޕްގެ ބޯޑް އޮފް ޑައިރެކްޓަރސް އަދި އުރީދޫ މޯލްޑިވްސްގެ ބޯޑް އޮފް ޑައިރެކްޓަރުންނަށް ނަޖީބް ޚާން ޝުކުރުއަދާކުރެއްވިއެވެ. ރައީސް އޮފީސް، ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) އަދި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަދި ސަރުކާރުގެ އެހެން އިދާރާތަކާއި ގުޅިގެން އުރީދޫ މޯލްޑިވްސްއިން ދަނީ ކޮވިޑް-19 އާއި ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކަށް ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި އިންޓަނެޓް ކަނެކްޝަންގެ އެހީތެރިކަމާއި، ކޮވިޑް-19 އާއި ގުޅޭ ހޭލުންތެރިކަމުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމާއި، އޮންލައިންކޮށް ކިޔަވާދިނުމަށާއި ސިއްހީ ދާއިރާ އަދި ވިޔަފާރިތަކަށް ބޭނުންވާ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުން ހިމެނެއެވެ.
މެޑިކަލް ސާމާނު ހޯދުމަށް އުރީދޫއިން ސަރުކާރަށް 2.5 މިލިއަން ރުފިޔާގެ އެހީއެއް
ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ވަގުތީ ހިޔާތަކުގައި މި ވަގުތު 85 މީހަކު ބޯހިޔާވަހިކަން ހޯދަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ. ޖެންޑާއިން ވަނީ ވަގުތީ ހިޔާތަކުގައި މި ވަގުތު ބޯހިޔާވަހިކަން ހޯދަމުންދާ މީހުންގެ މައުލޫމާތު އާންމުކޮށްފައެވެ. ޖެންޑާއިން އާންމުކޮށްފައިިވާ ގޮތުގައި، ވަގުތީ ހިޔާތަކުގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅުންހުރި މީހުންނެވެ. އެގޮތުން މިވަގުތު މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅުންހުރި 20 މީހަކު ވަގުތީ ހިޔާތަކުގައި އެބަތިއްބެވެ. ވަގުތީ ހިޔާތަކުގައި ދެން އެންމެ ގިނައީ ބޯހިޔާވަހިކަމެއްނެތި މަގުމަތީގައި އުޅެމުން ދިޔަ މީހުންނެވެ. އެފަދަ 15 މީހަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެމުން އަންނައިރު، މާލެ ސަރަހައްދުގައި ތިބި ރިސޯޓުތަކުގެ ވަޒީފާއަދާކުރާ 13 މީހުންނާއި، ޖަލު ބަންދަށް ފަހު މާލެ ސަރަހައްދުގައި ތިބި 11 މީހަކު ވެސް ހިމެނެއެވެ. ބޭސްފަރުވާ ހޯދުމަށްޓަކައި މާލެ ސަރަހައްދަށް ޒިިޔާރަތްކުރި 12 މީހުންނާއި، އެހެނިހެން ބޭނުންތަކަށް މާލެ ސަރަހައްދަށް ޒިޔާރަތްކުރި އަށް މީހަކު ވެސް ވަގުތީ ހިޔާތަކުގައި އެބަތިއްބެވެ. ޖެންޑާ މިނިސްޓްރީން ބުނީ ގެއިން ނުކުންނަން ޖެހިގެން ހާލުގައި ޖެހުުނު ހަ މީހަކު ވެސް ޖެންޑާގެ ބެލުމުގެ ދަށުގައި އެބަތިބި ކަމަށެވެ. ކޮވިޑް19 އާ ގުޅިގެން ބޯހިޔާވަހިކަން ބޭނުންވާ 136 ފަރާތަކަށް މިހައިތަނަށް ވަގުތީ ހިޔާތަކުގައި މިނިސްޓްރީން ވަނީ އެ އިންތިޒާމް ހަމަޖައްސައިދީފައެވެ. އޭގެ ތެރެއިން ބައެއް ފަރާތްތައް އާއިލާއާ ވެސް ވަނީ ހަވާލުކޮށްފައެވެ.
ވަގުތީ ހިޔާތަކުގައި 85 މީހުން، ގިނައީ މަސްތުވާތަކެއްޗާ ގުޅުންހުރި މީހުން
އެއްވެސް ލިޔެކިޔުމެއް ނެތި ރާއްްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން އައި 840 ބަންގްލަދޭޝް މީހަކު މިހާތަނަށް އެ މީހުންގެ ގައުމަށް އެނބުރި ފޮނުވާލެވިފައިވާކަން ސަރުކާރުން ހާމަކޮށްފި އެވެ. މި ހަފްތާ ކުރީކޮޅު، ސަރުކާރުން މަސައްކަތް ކުރީ ލިޔެކިޔުން ނެތް، މީހުންގެ ތެރެއިން ގައުމަށް އަނބުރާ ދާން ބޭނުންވީ ބަންގްލަދޭޝް މީހުން އެ ގައުމަށް ފުރުވާލުމަށެވެ. ނަމަވެސް އިންޑިއާ-ބަންގްލަދޭޝްއަށް ކުރިމަތިވި ބާރުގަދަ ތޫފާން އަމްފާންއާ ގުޅިގެން އެ ފްލައިޓް ކެންސަލްވެފައި އޮތުމަށް ފަހު މިއަދު ވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައި 352 މީހަކު އެ ގައުމަށް ފުރުވާލައިފަ އެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވަނީ އެ މީހުން އަނބުރާ ގައުމަށް ފުރުވާލުމުގައި ރާއްޖޭގައި ހުންނަވާ ބަންގްލަދޭޝްގެ ހައިކޮމިޝަނަރު ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ. ފޮރިން މިނިސްޓްރީއިން ބުނީ މިދިޔަ މަހުގެ 21 އިން ފެށިގެން މިދިޔަ މަހެއްހާ ދުވަސް ތެރޭ މިއަދަ ހަމައަށް 840 ބަންގްލަދޭޝް މީހަކު އަނބުރާ ގައުމަށް ފޮނުވާލެވިފައިވާ ކަމަށެވެ.
ލިޔެކިޔުން ނެތް 840 ބަންގްލަދޭޝް މީހަކު ފޮނުވާލެވިއްޖެ: ސަރުކާރު
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ނަންގަވަން ޖެހިވަޑައިގަންނަވާ ޒިންމާ ނަންގަވާފައި ނުވާ ކަމަށް މަޖިލީހުގެ ގަވައިދު ކޮމިޓީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ނިންމައިފި އެވެ. ގަވައިދު ކޮމިޓީއިން އެގޮތަށް ނިންމާފައި ވަނީ ދިވެހި ރާއްޖޭގެ މަސްވެރިކަމާ ބެހޭ ގާނޫނުގައި 90 ދުވަހުގެ ތެރޭގައި ނިންމުމަށް ބަޔާންކޮށްފައިވާ ގިނަ ގަވައިދުތަކެއް ފިޝަރީޒް މިނިސްޓްރީ އިން ނިންމާފައި ނުވާ މައްސަލަ ބެލުމަށް ފަހު އެވެ. މައްސަލަ ނިންމައި އެ ކޮމިޓީއިން އެކުލަވާލި ރިޕޯޓުގައި ބުނެފައި ވަނީ މަސްވެރިކަމާ ބެހޭ ގާނޫނުގެ ދަށުން ހަދަން ފިޝަރީޒް މިނިސްޓްރީއަށް ލާޒިމުކޮށްފައިވާ ގަވައިދުތައް އެ މިނިސްޓްރީއިން ހަދާފައި ނުވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. ގާނޫނެއްގައި ވަކިގޮތަކަށް އަމަލުކުރަން ވާނެކަމަށް ކަނޑައެޅި ބަޔާންކޮށްފައިވާ ނަމަ އެއީ އެ ގާނޫނުން އުފައްދައި ބަރީއަވުމެއް ނެތް ވާޖިބެއް ނުވަތަ އިލްތިޒާމެއް ކަމަށް ބަލަން ވާނެ ކަމަށް މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގައި ބުނެފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ. "ކަން މިހެން އޮތް އިރު ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުން ވަރަށް ސާފުކޮށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރަލް އާ މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި އަދާނުކުރުމުގެ ސަބަބުން އަދި އެ މުއްދަތު ފަހަނައަޅާ ދިޔަ ފަހުން މިއަދާހަމައަށް ވެސް އެ މަސްއޫލިއްޔަތު އަދާކޮށްފައި ނުވާ ކަމުން އެ މިނިސްޓްރީއިން އެ ގާނޫނާ ހިލާފުވެފައިވާ ކަމަށް ކޮމިޓީއިން ގަބޫލުކުރާ ކަމަށާއި. މިނިސްޓަރު ނަންގަވަން ޖެހިވަޑައިގަންނަވާ ޒިންމާ ނަންގަވާފައި ނުވާ ކަމަށް ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ނިންމި އެވެ." ގަވައިދު ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވެ އެވެ. އެ ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ ކޮމިޓީއިން އެމައްސަލަ ދިރާސާ ކުރިއިރު ފިޝަރީޒް މިނިސްޓްރީގެ ބޭފުޅުން ހާޒިރުކޮށް ގާނޫނު ބުނާ މުއްދަތަށް ގަވައިދުތައް ހަދާފައި ނުވާތީ އެކަމާ ގުޅިގެން ސުވާލު ކުރި ކަމަށެވެ. އަދި ގަވައިދު ހެދުން ލަސްވި ސަބަބެއް ކަމަށް މިނިސްޓްރީ އިން ބުނެފައި ވަނީ މިނިސްޓްރީގެ ފަރާތުން މެނޭޖްމެންޓް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދަވާތީ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެ ޕްލޭން އެކުލަވާލުމުގެ މަސައްކަތަށް މަދުވެގެން ދެ އަހަރު ދުވަހުގެ މުއްދަތެއް ބޭނުންވާ ކަމަށް މިނިސްޓްރީ އިން ކޮމިޓީގައި ބުނެފައިވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ގޮސްފައި އޮތް ހިސާބާ ބެހޭ ގޮތުން ކޮމިޓީ އިން ސުވާލު ކުރުމުން، އެ މަސައްކަތް އެކަށީގެންވާ މިންވަރަށް ކޮށްފައިނުވާކަން މިނިސްޓްރީ އިން ދިން ޖަވާބުން ފާހަގަވި ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް މިހާތަނަށް ހެދިފައި ނުވާ އެއް ސަބަބަކީ އެކަށީގެންވާ ވަސީލަތް ނެތުމާއި އެމަސައްކަތް ކުރަން ބޭނުންވާ ވަރަށް މުވައްޒަފުން ނެތުމުން ކަމަށް މިނިސްޓްރީ އިން ކޮމިޓީގައި ބުނެފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ. އަދި އެއިން އެއްވެސް މައުލޫމާތެއް މަޖިލީހާ ހިއްސާކޮށްފައި ނުވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި ވަސީލަތާއި މުވައްޒިފުން ނެތިގެން ގަވައިދުތައް ނުހެދޭތީ އެޓާނީޖެނެރަލް އޮފީހުގެ އެހީތެރިކަމަށް ވެސް މިނިސްޓްރީ އިން އެދިފައިނުވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އަދި ރައީސް އޮފީހުގެ އެހީތެރި ކަމަށް ވެސް އެދިފައި ނުވާ ކަމަށް ކޮމިޓީގައި މިނިސްޓްރީއިން ފާހަގަކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. "ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް ކަނޑައަޅާފައިވާ މުއްދަތަށް ނިންމުމުގައި ސިޔާސީ ބޭފުޅުންގެ ފަރާތުން އެއްވެސް ޕްރެޝަރެއް ކުރިމަތިވެފައިވޭތޯ ކުރެއްވި ސުވާލުގައި. އެއްވެސް ޕްރެޝަރެއް ނެތްކަން މިނިސްޓްރީއިން ފާހަގަކޮށްފައިވާކަން." ގަވައިދު ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވެ އެވެ. މަސްކިރުމުގެ މާކެޓް ހުޅުވާލުމަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ އެކްސްކްލޫސިވް އެގްރިމެންޓްތަކެއް އެކުލަވާލާފައިވާތީ ކަމަށް މިނިސްޓްރީ އިން ކޮމިޓީގައި ބުނި ނަމަވެސް މަސްކިރުމަށް ވެފައިވާ އެއްބަސްވުންތަކުގައި އެކްސްކްލޫސިވް ރައިޓްސްގެ ވާހަކައެއް ބަޔާންކޮށްފައިވާ އެއްވެސް މާއްދާއެއް ނެތް ކަމަށް ކޮމިޓީ ރިޕޯޓުގައި ވަނީ ބުނެފަ އެވެ. ކޮމިޓީގެ ރިޕޯޓު މިހާރު ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވައިފަ އެވެ.
މިނިސްޓަރު ޒަހާ ޒިންމާ އަދާނުކުރައްވާ ކަމަށް މަޖިލީހުގެ ގަވައިދު ކޮމިޓީއިން ނިންމައިފި
ލޯންޗުން ފައިބަމުން އަހަރެން ވަށައިގެން ބަލައިލީމެވެ. އެއާއެކު އަހަރެންގެ ތުންފަތް މަތީގައި ދުވެލީ ހިނިތުންވުމެކެވެ. ގިނަ ދުވަސް ތަކަކަށްފަހު ރަށުގެ ފަސްގަނޑުގައި ފައިތިލަ ޖައްސާލުމުން ކުރެވުނީ އާދަޔާ ޚިލާފު އިޙްސާސެކެވެ. އަހަރެންގެ ހިތުގައި އަމިއްލަ ރަށާ މެދު އޮތް ލޯބި އެއްވެސް ފަނޑުވުމެއް ނެތި އޮތް ކަމުގެ ހެއްކަކަށް، އަހަރެންގެ ހިތަށް އަރާ ފައިބަމުންދިޔަ އުފާވެރިކަމުގެ ޝުއޫރުތައް އެކަނިވެސް ފުދެއެވެ. އަހަންނަކީ އުމުރުން 27 އަހަރުގެ ޒުވާން އަންހެން ކުއްޖަކީމެވެ. ރަށުން ސާނަވީ ތަޢުލީމު ހާސިލު ކުރުމަށްފަހު، ހުވަފެން ތަކުގައި ކުލަ ޖެއްސުމަށް އަހަރެން މާލެ ބަދަލުވީ ހިތާ ދެކޮޅަށެވެ. ރަށުން ފުރަން އުޅެމުން މަންމަ ގައިގައި ބައްދައިލަމުން، ރޮއިރޮއިފައި ދެއްކި ވާހަކަތައް އަދިވެސް ތާޒާކަމާއެކު ހަނދާން އެބަހުއްޓެވެ. އެ ދުވަހުގެ އެންމެ މަންޒަރެއް ވެސް، އަހަރެންގެ ހިތުން ފުހެވިގެން ނުދެއެވެ. އޮފީސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޑިގްރީ ނިންމާލުމަށްފަހު، އަހަރެން ރަށަށް ބަދަލުވާން ބޭނުންވީ، އުފަން ފަސްގަނޑަށް ކޮންމެވެސް ޚިދުމަތެއް ކޮށްދިނުމުގެ ބޭނުމުގައެވެ. އަތިރީ މަތީގައި ހެދިފައިވާ ރުއްތަކުގެ ތެރެއިން އަހަރެން ހިނގަމުން ދިޔައީމެވެ. މާލޭގެ ހަލަބޮލި މާހައުލާ ދުރަށް އާދެވުމުން ސިކުނޑިއަށް ލުޔެއް ލިބިފައިވެއެވެ. ތަންކޮޅެއް ދުރުގައި ހުރި ސައިކަލެއްގެ މަތީގައި އިން ޒުވާނެއް އަހަރެންގެ ލޮލުގައި އަޅައި ގަތެވެ. ކުރިއަށްދިޔަ ވަރަކަށް އެ ޒުވާނާގެ ނަޒަރު ހުރީ ސީދާ އަހަންނަށް ކަން ފާހަގަ ކުރެވުނެވެ. ބޮލުގެ އިސްތަށިގަނޑު ދިގުކޮށްފައި އަތުގަޔާއި ފައިގައި ފާޑުފާޑުގެ ޗޭނު އަޅުވާފައި ހުރުމުން، އެއީ ޕާޓޭއެއް ކަމުގައި އަހަރެންގެ ސިކުނޑި ލޭބަލްކޮށްދީފިއެވެ. ލާފައިވަނީ ގަޔަށް ދޫ ޓީޝާޓެކެވެ. ފުރަތަމަ ނަޒަރުން ވެސް، އަހަރެން އެ ޒުވާނާ ދެކެ ފޫހިވިއެވެ. ރާއްޖޭގެ ހަލާކަކީ މި މީހުންނޭ ހިތަށް އެރިއެވެ. އަހަރެން މަގުން އޮބާލަންދެން އެ ޒުވާނާ ބަލަން އިނެވެ. ގޭގެ ގޯތި ތެރެއަށް ވަތްއިރު މަންމަ ޖޯލީގައި ހަނޑޫ ހޮވަން އިނެވެ. އަހަރެން ފެނުމާއެކު ލިބުނު ސިހުމުގައި ދޮލަނގު ވެސް ނުވެއްޓުނީ ކިރިޔާއެވެ. ކުރިމަތީގައި ހުރި ގޮނޑީގައި ދޮލަނގު ބަހައްޓަމުން މަންމަ ތެދުވިއެވެ. އެ މޫނުމަތީގައި ވަނީ ހައިރާންކަމެވެ. އަހަރެން އަންނަކަން މަންމައަށް ސިއްރުކުރީ ވެސް މަންމަގެ މޫނު މަތިން އެ އަސަރުތައް ބަލައިލަން ބޭނުންވެފައި ހުރިލެއް ބޮޑު ކަމުންނެވެ. "ދަރިފުޅާ" އަހަރެންގެ ގައިގައި ބައްދާލިއިރު މަންމައަށް ރޮވިއްޖެއެވެ. ލޯތްބާއެކު އެ މަންމަގެ ކަރުނަތައް ފުހެދެމުން އަހަރެން ހިނިތުންވެލީމެވެ. ކޮނޑުގައި އޮތް ދަބަސް ދައްކާލަމުން ވަރަށް ބަރުކަމުގައި ބުނީމެވެ. އަހަރެންގެ ބުރަކަށީގައި ފިރުމާލަމުން މަންމަ، އަހަންނާއެކު ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. "ކޮބާ ދޮންބެ؟" އަހަރެން ސުވާލު ކޮށްލީމެވެ. އަހަރެންގެ ބައްޕަ އަހަރެން ކުޑައިރު ވަނީ ނިޔާވެފައެވެ. އޭގެ ފަހުން މަންމަ އެހެން ކައިވެންޏެއް ނުކުރީ މަންމަގެ ދެ ދަރިންނަށް ދޮން ބައްޕައެއް ހޯދަ ދޭން ބޭނުންނުވާތީ ކަމުގައި ބުންޏެވެ. ދޮންބެގެ އުމުރުން ތިރީސް އަހަރެވެ. "ކުޅެން ގޮސްވީ" މަންމަ ބުނެލިއެވެ. އަހަރެން އެހެންހޭ އަހަމުން ބަދިގެއާ ދިމާލަށް މިސްރާބުޖެހީމެވެ. މަންމަ ވެސް އަހަރެންގެ ފަހަތުން އައެވެ. އެއްޗެއް ކައިލައިގެން އަހަރެން ކޮޓަރިއަށް ވަދެ ފެންވަރާ ތާޒާ ވެލީމެވެ. ނުކުތް އިރު ދޮންބެ ވެސް އައިސް ގެއަށް ވަންނަނީއެވެ. އަހަރެން ފެނުމުން ދޮންބެއަށް ވެސް ލިބުނީ ސިހުމެކެވެ. އެއައި ގޮތަށް އައިސް އަހަރެންގެ އިސްތަށިގަނޑު ހާވައިލިއެވެ. ކުޑައިރުއްސުރެ ވެސް އަހަރެން އެންމެ ނުރުހެނީ އަހަރެންގެ އިސްތަށިގަނޑާ މީހަކު ކުޅެންޏާއެވެ. ޤުދުރަތުން ދެއްވާފައިވާ ފަން އިސްތަށިގަނޑު އަހަރެން ގެންގުޅެނީ އެހާ ވެސް ލޯބިންނެވެ. "ނުބުނެ އައިމަ އަދަބު ތި ލިބުނީ..." ހޭވިފައި ހުރި އިސްތަށިތައް ރީތިކުރަމުން ދަނިކޮށް ދޮންބެ އާސިފް ބުނެލިއެވެ. އަހަރެން ތުންކޮޅު އޫކޮށްލަމުން މަންމައަށް ބަލައިލީމެވެ. މަންމަ ޖަހައިލީ ހިނިގަނޑެކެވެ. ***** ދާދި ފަސޭހައިން ރަށު އޮފީހުން ވަޒީފާ ހަމަޖެހުނެވެ. "އަދިވެސް މީހަކާ އިންނާކަށް ނުވޭތަ ދަރިފުޅާ!" އެއްދުވަހެއްގެ ކެއުމުގެ ވަގުތުގައި މަންމަ ސުވާލުކުރިއެވެ. އަހަރެން ހިނިތުންވެލީމެވެ. އުމުރުން ހަތާވީސް އަހަރު ވީއިރު ވެސް އަހަރެން ދުވަހަކު ވެސް ކުއްޖަކާ ރައްޓެއްސެއް ނުވަމެވެ. އަހަރެން ޤަބޫލުކުރާ ގޮތުގައި ކިޔަވާ ދުވަސްވަރު މީހަކާ ރައްޓެހި ވެއްޖެނަމަ ކިޔެވުމަށް ބުރޫ އަރާނެއެވެ. އަނެއްކޮޅުން ދޮންބެގެ ކައިވެނި ރޫޅި ހަ މަސް ވެފައިވާއިރު އިތުރު ކައިވެންޏެއް ކުރުމުގެ ޚިޔާލު ދޮންބެއެއް ވެސް ނުގެން ގުޅެއެވެ. އެކަމާ މަންމަ ހުންނަނީ އަބަދު ދޮންބެ އާ ވާހަކަ ދައްކާލަ ދައްކާލައެވެ. 'ދެން ތިކަމާ ވެސް އުޅެންވީ" އަހަރެން ބުނީމެވެ. އަޑުގައި މާ ބޮޑު ޝައުގުވެރިކަމެއް ނެތްކަން މަންމައަށް ވެސް އެނގޭނެއެވެ. ހަވީރުގެ ވަގުތެކެވެ. އެކުވެރި ކުއްޖަކާއެކު އަހަރެން ރަށުގެ ތުނޑިއާ ދިމާލަށް މިސްރާބުޖެހީމެވެ. ހޭޅިފަށުގައި ހަދާފައި ހުރި އަށިތަކުން އައްޓެއްގައި އިށީނީމެވެ. "އޭތް... އޭނަ ހާދަ ވަރަކަށް ޒީއަށް އެ ބަލަނީ" އެކުވެރިޔާ ތަންކޮޅެއް ދުރުގައި އިން ޒުވާނަކު ދައްކާލަމުން ބުނެލިއެވެ. ރަނގަޅަށް ބަލައިލުމުން އެއީ އެންމެ ފުރަތަމަ ދުވަހު ފެނުނު ޒުވާނާކަން އަހަންނަށް ޔަޤީން ވިއެވެ. ފޫހިކަމާއެކު އަހަރެން މޫނު އަނބުރާލީމެވެ. ***** ދުވަސްތައް ފާއިތުވަމުން ދެއެވެ. އުޅޭ އުޅުމުގައި އެ ޒުވާނާ ވަރަށް ގިނައިން ފެނެއެވެ. އޭނާއަށް ކިޔަނީ ނާއިލް ކަން އެނގުނީ އެކުވެރި ކުއްޖެއްގެ ފަރާތުންނެވެ. ނަން ކިތަންމެ ރީއްޗަސް އެ ޒުވާނާގެ ސިފަ ދެކެ އަހަރެން އެއްވެސް ވަރަކަށް ގަޔާ ނުވެއެވެ. އަހަރެން ހުރީ އެއީ ޕާޓޭއެއް ކަމަށް ނިންމައިގެންނެވެ. ހަލުވި ކަމާއެކު ދުވަސްތައް ފާއިތުވަމުން ގޮސް މަސް ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. އެއީ އާދިއްތަ ދުވަހެއްގެ ހަވީރުގެ ވަގުތެވެ. ވާރޭ ވެހިފައި ހުއްޓާލާފައި އޮތަސް ފަޒާގައި ތެތް ފިނިކަން ރަސްކަން ކުރަމުން ދިޔައެވެ. އަހަރެން ގެއިން ނުކުތީ އަތިރި މައްޗަށް ދިޔުމުގެ ބޭނުމުގައެވެ. ގެއާ ކައިރި ވީތީއާ ވެސް އެކީގައެވެ. އަދި އެގަޑީގައި ޖެހޭ ފިނި ރޯޅިތަކުން އުފާ ހާސިލު ކުރުމުގެ ބޭނުމުގައި ވެސް މެއެވެ. އަތިރިމަތީގައި ހުރި ދިއްގާ ގަސްތަކުން ގަހެއްގައި އެލުވާފައި ހުރި އުނދޯއްޔެއްގައި އަހަރެން ޖައްސައިލީމެވެ. ފޯނުން ޑޭޓާ ޖައްސައިލަމުން އެފްބީއަށް ވަދެލީމެވެ. އޭރު އެތަނުން ދިރޭ ފުރާނައެއްގެ ހިލަމެއްވެސް ނުވެއެވެ. ވިއްސާރަ ވީމާ ކަމަށް ވެސް ވެދާނެއެވެ. މާ ބޮޑު ސަމާލުކަމެއް ނުދީ އަހަރެން ފޯނަށް ގެއްލިފައި އިންދާ ސިހުނީ ދާދި ގާތުން މީހަކު ވާހަކަ ދެއްކި އަޑު އިވިފައެވެ. "ޒީވާ" ފިރިހެންވަންތަ ބަރު އަޑެކެވެ. އަހަރެން އިސްއުފުލައިލީމެވެ. ކުރިމަތީގައި ހުރީ އެއްކަލަ ޒުވާނާއެވެ. އަހަރެންގެ ނަން އެނގުނީ ކިހިނެއްތޯ އެހުމުގެ ބޭނުމެއް ނުފެނުނީ ކުޑަކުޑަ ރަށެއްގައި އުޅެންޏާ ނަން ހޯދަން އެހާ އުނދަގޫ ނުވާނެކަން ސިކުނޑިއަށް ވިސްނުނީތީއެވެ. އެތަނުން ދުރަށް ދާން ޖޯލިން ތެދުވުމާއެކު ނާއިލް އަހަރެންގެ އަތުގައި ހިފައިލިއެވެ. އަހަރެން އެ އަތަށް ބަލައިލުމާއެކު އޭނާ ނިކަން އަވަސް އަވަހަށް އަހަރެންގެ އަތުން ދޫކޮށްލިއެވެ. "ސޮރީ" ނާއިލް މާފަށް އެދުމުން ވެސް އަހަރެން އެއްޗެއް ނުބުނަމެވެ. ދެލޯ އަޅައިލަމުން އަހަރެން ކުރިއަށް ފިޔަވަޅެއް އަލައިލީމެވެ. "އަހަންނަށް ޒީވާ ވަރަށް ކަމުދޭ" ނާއިލްގެ އަޑު އިވުމާއެކު އަހަރެންގެ ފިޔަވަޅުތައް ވަގުތުން މަޑުޖެހެވުނެވެ. ފަސް އެނބުރި ބަލައިލީމެވެ. އޭރު ނާއިލް ހުރީ ސީދާ އަހަރެންގެ ދެލޮލަށް ބަލަހައްޓައިގެންނެވެ. ހިނދުކޮޅަކަށް އެ ދެލޮލުގެ ތެރެއަށް ގެއްލިފައި އަހަންނަށް ވެސް ހުރެވުނެވެ. ނާއިލްގެ އެ ތޫނު ލޮލުން ބުނެދޭން މަސައްކަތް ކުރަނީ ކޮން ވާހަކަ ތަކެއްކަން ދެނެގަންނަން އަހަރެންގެ މި ސިކުނޑި ނުކުޅެދުނެވެ. ހަރަކާތެއް ވެސް ކޮށްލަން ނޭނގިފައި ހުއްޓައި ނާއިލް ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ. އަހަރެން އަތުން މަޑުކުރުމަށް އިޝާރާތް ކޮށްލުމާއެކު ނާއިލް މަޑުކުރިއެވެ. "އަހަރެން ތި ކަހަލަ މީހަކާ ވައިވެސް އެޅޭކަށް ބޭނުމެއް ނޫން، ތިއޭ މިޤައުމުގެ ހަލާކަކީ، " އަހަރެން ހިތަށް އައި ގޮތަށް އެއްޗެހި ގޮވައިގަތީމެވެ. ނާއިލް އެއްވެސް އެއްޗެއް ނުބުނެއެވެ. ބުނާނީވެސް ކީކޭ ހެއްޔެވެ؟ މީގެ ހަތަރު މަސް ކުރިން މިރަށަށް އަރުވާލީ ވެސް ބޮޑު މައްސަލައަކާއި ގުޅިގެންނެވެ. އެއީ އެންމެން ދަންނަ ކުށްވެރިއެކެވެ. ރަށުތެރޭގައި ވެސް އުޅެނީ އެއްވަރުގެ ގްރޫޕް ތަކާ އެކުގައެވެ. އަހަރެން ޝަހާދަތް އިނގިލި ދިއްކޮށްފައި އެ ހުރިހާ ވާހަކައެއް ވެސް ނާއިލްއާ ދިމާލަށް ގޮވައިލީމެވެ. އެވަރުން ވެސް ނާއިލް އެއްޗެކޭ ނުބުންޏެވެ. މޮޅުވީ އަހަރެން ކަމަށް ނިންމާ ހިނގައިގަތީމެވެ. އޭރުވެސް ނާއިލް އެ ހުރި ގޮތަށް ހުއްޓެވެ. އޭގެ ފަހުން ވެސް އަހަރެން ފެންނައިރަށް، ނާއިލް އަހަންނަށް ބަލަން ހުންނަ ތަން ފެނެއެވެ. އެހެންނަމަވެސް އިސްވެ ވާހަކައެއް ނުދައްކައެވެ. ރޭގަނޑެކެވެ. އަހަރެން ފިހާރައަކަށް ދާން ވެގެން ނުކުތީމެވެ. ހުރިގޮތަށް ހިނގަމުން ގޮސް ޖެހިގެން އޮތް ގޯޅިން ލަނބައިލި ތަނާ އަހަރެންގެ އަނގަމަތީގައި އަތް އެޅުމަށްފަހު ކޮންމެ ވެސް މީހަކު އެ މީހަކާ ދިމާލަށް އަހަރެން ދަމައިލިއެވެ. އަހަރެން ގެންގޮސް ވެއްދީ ގެއެއްގެ ގޯތިތެރެއަށެވެ. ގަސްތައް ގިނަ ކަމުންނާއި، ހަނދުވަރުގެ އަލި ނުދޭކަމުން، އެތަނަށް ވެރިވެފައިވަނީ ކަޅު އަނދިރިކަމެވެ. އަހަރެން ގަދަ ދައްކަން ފެށުމާއެކު އެމީހަކު އަހަރެންގެ ކަންފަތް ދޮށުގައި ވާހަކަ ދެއްކިއެވެ. "ޒީވާ... އަހަންނޭ" އެ އަޑު އިވުމާއެކު އަހަރެންގެ ލޯލިތައް ކޮޅަށް ޖެހުނެވެ. ގައިން ހީބި ނެގިއެވެ. ހިތް ނެގި ނެގިފައި ޖެހެން ފެށިގޮތުން ހީވަނީ މޭތެރޭގައި ނޯވެ ފުންމާލަން އުޅެނީ ހެންނެވެ. ދެފައި ކޮޅުން ވާގި ދޫވާހެން ހީވިއެވެ. އެ ޒުވާނާ އަހަރެން ފާރާއި ދޭތެރޭ ހައްޔަރުކޮށްލިއެވެ. "އަހަރެން ހަނދާން އެބަހުރި ދޯ" އެ އަޑު އަހަންނަށް ދުވަހަކުވެސް ނޯޅޭނެއެވެ. އެއީ އަކްމަލްގެ އަޑެވެ. އަކްމަލްއަކީ އަހަންނާ އެއް ކުލާހެއްގައި ކިޔެވި ކުއްޖެކެވެ. މިހާރު އުޅެނީ ރަށު ސްކޫލުގެ، އެޑްމިން އޮފިސަރެއްގެ މަޤާމުގައެވެ. ސްކޫލުގައި އުޅުނުއިރު އެއީ އަހަރެންގެ ހިތުން ޖާގަ ހޯދި ހަމައެކަނި ފިރިހެން ކުއްޖާއެވެ. މިޒަމާނުގެ ގޮތަށް ބުނާނަމަ އެއީ އަހަރެންގެ "ކްރަޝް" އެވެ. އޭރު ކޮންމެ ވެސް ވަރަކަށް ވާހަކަ ދެކެވުނު ނަމަވެސް މާލެ ބަދަލުވެ އެކީ ގުޅުން ކެނޑިގެން ދިޔައީއެވެ. ރަށަށް އައިސް މި ވީ ދުވަސްތަކުގައި އަކްމަލަށް އަހަރެން ފެނުނު ނަމަވެސް އަޅާ ނުލާތީ އަހަރެން އެކަމާ ދެރަވެއެވެ. ހިތަށް ތަދުވެއެވެ. އަނދިރިކަމުގެ ތެރެއަށް ލޯ ހޭނިލުމާއެކު އަހަރެން އަވަސް އަވަހަށް ބޯ ޖަހާލީމެވެ. "އަހަންނަށް ޒީވާ ވަރަށް ކަމުދޭ... އަހަންނާ އިންނާނަންތަ؟" އަކްމަލް ސީދާ ސުވާލު ކޮށްލުމާއެކު އަރު ތެރޭގައި ނޭވާ ވެސް ތާށިވިއެވެ. އަހަރެން ކޮށި އަރާ ގޮތްވިއެވެ. ހިން ދިރުވާލަން ވެސް ހަނދާން ނެތުނެވެ. "ބްރީތް" ނޭވާ ލާން ވެސް ހަނދާންވީ އަކްމަލް ބުނީމައެވެ. ފުން ކޮށް ދެތިން ނޭވާ ލަމުން އަހަރެން އަމިއްލަ ނަފުސު ހަމައަކަށް އެޅުވީމެވެ. "އަހަރެން ޖަވާބެއްގެ އިންތިޒާރުގައި ހުންނާނަން" އަކްމަލް ބުންޏެވެ. އެއަށްފަހު އަހަރެންގެ ފޯނު އަތުލިއެވެ. ކޯޑެއް ޖަހާފައި ނީންނާތީ އަކްމަލަށް އަހަރެންގެ ފޯނު ހުޅުވުނެވެ. އޭގައި އޭނަގެ ނަންބަރު ޖަހަމުން ސޭވް ކޮށްލިއެވެ. އަދި އަހަރެންގެ އަތަށް ފޯނު ލައިދިނެވެ. އަހަރެން އަވަސް އަވަހަށް އެތަނުން ނުކުތީމެވެ. ކުރަން ދިޔަ ކަންތައް މަތިން ހަނދާންނެތި އަނބުރާ ދެވުނީ ގެއަށެވެ. ދިޔުމާއެކު މަންމަ ސުވާލުކުރިއެވެ. ކޮންމެވެސް އެއްޗެކޭ ކިޔާފައި ދޮގެއް ހަދައިލީމެވެ. ނިދަން އޮށޯން ނަމަވެސް އަހަރެންގެ ސިކުނޑިން އަކްމަލްގެ ހިޔާލުތައް ދުރަށް ދާގޮތެއް ނުވިއެވެ. އަހަރެންގެ ހިތް ގޮވަމުން ދިޔައީ އަކްމަލަށް އާބަސް ބުނުމަށެވެ. ފޯނު ނަގާ އަހަރެން އަކްމަލް ސޭވް ކުރި ނަންބަރު ހުޅުވައިލީމެވެ. އެއަށްފަހު ވައިބަރ އިން މެސެޖެއް ކޮށްލީމެވެ. އާބަސް ބުނީމެވެ. އަކްމަލް އެދުނީ ބައްދަލު ކުރުމަށެވެ. އަހަރެން ދެކޮޅު ހެދީމެވެ. ރޭގަނޑުގެ އެ ވަގުތު ބޭރަށް ދާން ބޭނުން ނުވީތީއެވެ. ކޮންމެއަކަސް އެރެއަށްފަހު އަހަރެމެން ދެމީހުންގެ ގުޅުން ކުރިފަޅާ ހެދެން ފެށިއެވެ. ލޯބިވެރިންގެ ލިސްޓުގައި އަހަރެމެން ދެމީހުންގެ ނަން ވެސް ފެވިގެން ހިނގައްޖެއެވެ. މަންމައާ ދޮންބެއަށް އަހަރެން އެ ގުޅުމުގެ ވާހަކަ ސިއްރުކުރަން ބޭނުން ނުވީތީ، އަކްމަލްގެ ހުއްދައާއެކު އަހަރެން އެ ވާހަކަ މަންމަމެން ކައިރީގައި ބުނީމެވެ. އަކްމަލްއަކީ ވެސް ރަނގަޅު ވަޒީފާއެއްގައި ހުރި ޒިންމާދާރު ޒުވާނެއް ކަމުން މަންމައާއި ދޮންބެވެސް އެއްބަސްވިއެވެ. ޚުދު އަހަރެން ވެސް ބޭނުންވަނީ އަވަހަށް ކައިވެނިކުރާށެވެ. އަކްމަލާ ދެމީހުން ވާހަކަ ދައްކާ ކައިވެނި ކުރަން ތާރީހެއް ކަނޑައެޅީމެވެ. އެ ތާރީޚުގައި ކައިވެނި ކުރެވިގެން ދިޔައީ އަކްމަލްމެން ގޭ އެންމެންގެ ވެސް ރުހުމާ އެކުގައެވެ. ކައިވެންޏަށްފަހު ވެސް ނާއިލް ފެނެއެވެ. އަދިވެސް ނާއިލް ހިތުން އަހަރެން ފުހެނުލެވޭ ކަން އެނގެނީ އަހަރެން ފެންނަ ކޮންމެ ފަހަރަކު ނާއިލް ބަލަން ހުންނަ ގޮތުންނެވެ. އެ ނަޒަރުން ބުނެދޭން މަސައްކަތް ކުރަނީ ކީކޭ ކަމެއް ނޭނގެއެވެ. ނާއިލްގެ ލޮލުން އަހަންނަށްޓަކައި އިޙްސާސްތަކެއް ވާކަން ސާފުކޮށް ބުނެދެމުން ދިޔައެވެ. އެހެން ނަމަވެސް އަހަރެން އެކަމާ އަޅައެއް ނުލަމެވެ. ކައިވެންޏަށްފަހު އަކްމަލްގެ ގޯތީގައި އަޅާފައި ހުރި ގެއަށް އަހަރެމެން ބަދަލުވީމެވެ. އަކްމަލް ބޭނުންވަނީ ކައިވެންޏަށް ފަހު ވަކިން އުޅެން ކަމަށް ވާތީއެވެ. އެހެން ނަމަވެސް އަހަރެން ކޮންމެ ދުވަހަކު މަންމަ ކައިރިއަށް ދަމެވެ. ހާލު ބަލަމެވެ. ކައިވެންޏަށް ތިން މަސް ފާއިތުވެގެން ދިޔައިރު އަހަރެން އަކްމަލްގެ ދަރިއަކަށް ބަނޑުބޮޑުވިއެވެ. އަކްމަލްގެ ފަރާތުން އަހަންނަށް ލިބެމުން ދިޔަ ލޯބި ދެ ގުނަ ވިއެވެ. އެގޭގައި އަކްމަލަށް ޚާއްސަ ކުރެވިފައިވާ ކޮޓަރިއެއް ވަކިން ހުރެއެވެ. އެ ކޮޓަރިއަށް ވަނުން އަހަންނަށް ވެސް އޮންނަނީ މަނާ ކޮށްފައެވެ. އަކްމަލްގެ ފަރާތުން އަހަންނަށް ވެސް ، އޯގާތެރިކަމާއި އަޅާލުން އެންމެ ފުރިހަމަ ގޮތުގައި ލިބޭތީ އެކަމާ އަހަރެން މާ ބޮޑަށް އަޅައެއް ނުލަމެވެ. އެއީ ރޭގަނޑެކެވެ. އަހަރެމެން ސިޓިން ރޫމުގައި ތިބީ ޓީވީން ޚަބަރު ބަލަން ވެގެންނެވެ. މަސްތުވާތަކެތި ފުޅާ ދާއިރާއެއްގައި ވިއްކާ ބޮޑުންތަކަކާއި ގޭންގެއް ހައްޔަރު ކުރިކަމުގެ ޚަބަރާއެކު އަކްމަލް ނިތުގައި އަތް ޖައްސާލާ ދާތަށް ފުހެލިތަން އަހަންނަށް ފެނުނެވެ. "މިހާރުގެ ޒުވާނުންގެ ހާލަތު" ދެފަރާތަށް ބޯ ހޫރާލަމުން އަހަރެން ބުނެލީމެވެ. އަކްމަލް ވެސް ބޯ ޖަހައިލިއެވެ. އޭރު ވެސް އެ މޫނުމަތީގައި ނުތަނަވަސްކަން ދައުރުވަމުން ދިޔައެވެ. "މާލޭގެ ގޭންގެއް... މާލޭގައި ހާދަ ގިނައޭ ދޯ އެކަހަލަ މީހުން މިހާރު" އަހަރެން ބުނެލީމެވެ. އަކްމަލް ބޯ ޖަހައިލިއެވެ. ކުއްލިއަކަށް ސިހުން ގެނުވީ ގޭގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަތް ފުލުހުން ފެނިފައެވެ. އަހަންނަށް ލިބުނު ސިހުމުގައި ތެދުވެވުނެވެ. އޭރު އަކްމަލް ވެސް ކޮޅަށް ތެދުވެއްޖެއެވެ. ފުލުހުންގެ ފަހަތުން އާދައިގެ ހެދުމުގައި އެ ވަނީ ނާއިލް ނޫން ދެވަނަ މީހެއް ނޫނެވެ. އެހެންނަމަވެސް މިފަހަރު ފެނުނު ނާއިލް ތަފާތެވެ. ބޯ ހުރީ ކުރުކޮށް ކޮށާލާފައެވެ. ތުނިކޮށް ފަޅާފައިވާ ތުނބުޅީގެ ސަބަބުން އެ މޫނު ފުރިހަމަ ކަމަށް ދައްކައެވެ. އަހަންނަށް ހައިރާން ކަމެއް ގެނުވީ އެ ހުރިހާ ފުލުހުން ވެސް ނާއިލްގެ ބަހަށް ކިޔަމަންވަމުން ދިޔައީތީއެވެ. އޭނާގެ އެދުމުގެ މަތިން އަކްމަލްގެ ދެ އަތުގައި ބިޑި އެޅުވުނެވެ. ނާއިލް އަކީ ކާކު ހެއްޔެވެ؟ ފުލުހުން އޭނާގެ ބަހަށް ކިޔަމަންވަނީ ވަނީ ކީއްވެ ހެއްޔެވެ؟ "އިއްޔެގެ ވަގުތެއްގައި މާލޭން ހައްޔަރު ކުރި ގޭންގްގެ ބޮޑުންގެ ތެރޭގައި އަކްމަލް ހިމެނޭ... ލިބިފައިވާ މައުލޫމާތުގެ އަލީގައި އެނގޭ މިރަށުގައި ވެސް އުޅޭ ދެ ގޭންގަށް މަސްތުވާތަކެތި ފޯރުކޮށްދެނީ އަކްމަލް ކަން" ނާއިލް ކުރިއަށް ޖެހިލާ ވާހަކަ ދެއްކިއެވެ. އަހަރެންގެ ދެލޮލަށް ވަގުތުން ކަރުނަތައް ޖަމާވިއެވެ. "ތީ އޮޅުމެއް" އަހަރެން ބާރަށް ބުނީމެވެ. އޭރު އަހަރެންގެ އަޑުގައި ތުރުތުރު އެޅުމެއް ވިއެވެ. އިތުރު އެއްޗެއް ބުނަން ނުކުޅެދުމާއެކު އަކްމަލަށް ބަލައިލީމެވެ. ފުލުހުންގެ އަތު ތެރޭން ސަލާމަތްވާން މަސައްކަތް ކުރަމުންދިޔަ އަކްމަލަށް އަހަރެން ފެނުމާއެކު ހުއްޓެވުނެވެ. އެއަށްފަހު އިސްޖަހާލިއެވެ. އަހަންނަށް އަތް ޖައްސާލެވުނީ ބަނޑުގައެވެ. އަކްމަލް އިސްޖަހައިލުމާއެކު އަހަންނަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ފުލުހުން ގޭ ތެރެ ބަލައި ފާސްކުރިއެވެ. އަހަންނަށް ނުވަދެވޭ ގޮތަށް ހުރި ކޮޓަރި ފާސް ކުރިއިރު އެތަނުން އެތައް ކިލޯއެއްގެ މަސްތުވާތަކެތި ނެރެވުނެވެ. އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭރުވެސް ކަރުނަތައް ހުއްޓުމެއް ނެތި ފައިބަމުން ދިޔައެވެ. ސޯފާގައި އިށީނދެވުނެވެ. ފުލުހުން އަކްމަލް ގެންދިޔުމާއެކު ގިސްލެވެން ފެށުނެވެ. އޭރު ނާއިލް މަޑުކޮށްލައިގެން ހުއްޓެވެ. އަހަންނާ މެދު ހަމްދަރުދީ ވަމުންދާކަން އެ ދެލޮލުން ސާފުކޮށް އަހަންނަށް ފެންނަމުން ދިޔައެވެ. މޫނު ފޮރުވާލުމާއެކު ނާއިލް ވާހަކަ ދެއްކިއެވެ. "އަހަންނަކީ ފުލުހެއް... އަހަރެން މި ރަށަށް އައީ އެ ގޭންގްގެ ބޮޑުން ހޯދުމަށް ހިންގަމުންދާ ޚާއްސަ އޮޕަރޭޝަނެއްގެ ދަށުން... މާލޭގެ ގޭންގްގެ ބޮޑުން ހައްޔަރު ކުރެވުމާއެކު މިރަށު ގޭންގް ހައްޔަރު ކުރަން ފަސޭހަވި... އަދި އޭގެ ސަބަބުން ގޭންގުގެ ބޮޑެއް ކަމުގައި ވާ އަކްމަލް ހޯދަން ފަސޭހަވީ... އަހަރެން މިރަށައް އައި މަޤްސަދަކީ އެއީ... ގޭންގުތަކާއެކު އުޅުމުގެ ސިއްރަކީ ވެސް އެއީ... އަހަރެންގެ ހިތުގައި ޒީވާއަށްޓަކައި އިޙްސާސްތަކެއް އުފެދުނު. އަދި އަދަށް ވެސް އެ އިޙްސާސްތަކުގެ މައްޗަށް ބާރު ފޯރުމުގެ ކުޅަދާނަކަމެއް އަހަންނަކަށް ނުލިބޭ... އެކަމަކު މިއަދު ޒީވާ ތިއީ އެހެން މީހެއްގެ އަންބެއް..." ނާއިލް އެ ހުރިހާ ވާހަކަ އެއް ދެއްކިއިރުވެސް އަހަންނަށް އެއްޗެއް ނުބުނެވުނެވެ. "ޒީވާ ރުއިން ހުއްޓާލަބަލަ" ނާއިލް ބުނެލިއިރު އެ އަޑުގައިވެސް ވަނީ ވޭނީ އަސަރެކެވެ. "އަހަރެން ކިހިނެއް؟ އަހަރެން އަކްމަލްގެ ދަރި" އަހަންނަށް ވާހަކައެއް ނުދެއްކުނެވެ. އެހެންނަމަ ވެސް އެ ޖުމްލައިން އެކަނި ވެސް ނާއިލަށް ހުރިހާ ކަމެއް ނަގައި ގަނެވިއްޖެއެވެ. "އަހަރެން ރޮމުން ނާއިލްގެ ކިބައިން މާފަށް އެދުނީމެވެ. ނިއުޅިގެން ދިޔަ ހަޤީޤަތުގެ ސަބަބުން އަހަރެންގެ ދުނިޔެ އެފުށް މިފުށަށް ޖެހިއްޖެއެވެ. އަހަންނަށް އެއް ކަމެއް ދަސްވެއްޖެއެވެ. މީހާ ހުންނަ ސިފައަކުން މީހާ އަކީ ކޮންކަހަލަ މީހެއްކަން ނުނިންމޭނެ ކަމެވެ. ފޮތެއްގެ އެތެރޭގައިވާ އެއްޗެއް ފޮތުގެ ބަނޑޭރި ގަނޑަށް ބަލައިލައިގެން ނޭނގޭނެކަން އަހަންނަށް އެނގި ކަށަވަރު ވެއްޖެއެވެ. ރޮމުން ރޮމުން އަހަރެން އަނެއްކާވެސް ނާއިލްގެ ކިބައިން މާފަށް އެދުނީމެވެ. ބަނޑުގައި އަތް ޖައްސާލުމާއެކު ދެލޯ މަރައިލެވުނެވެ. އަކްމަލަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އައުމާއެކު އަހަރެން އޭނަ ގާތުން ވަރިވީމެވެ. އެ ކަހަލަ މީހަކާ އެކު ދިރިއުޅެން ބޭނުން ނުވާތީއެވެ. ހަމަސް ފަސް ***** ނާއިލް އަނެއްކާވެސް ރަށަށް އައީ ކޮންމެވެސް މައްސަލައެއް ބަލަން ވެގެންނެވެ. އަހަރެން ފެނުމާއެކު ދަރިފުޅުގެ ހާލު އެހިއެވެ. އަހަރެން އަކްމަލް ކައިރިން ވަރިވި ވާހަކަ ބުނުމުން އެ ތުންފަތް މައްޗަށް ވެރިވީ ހިނިތުންވުމެކެވެ. އަހަރެން ވެސް ލަދުވެތި ކަމާއެކު އިސްޖަހައިލީމެވެ. ނާއިލް ބުނީ އޭނާގެ ޙަޔާތުން އަދިވެސް އަހަރެމެން ދެމައިންނަށް ޖާގަ އޮތް ކަމުގައެވެ. އަހަރެންގެ ހިތުގައި އުފާވެރިކަމުގެ ރާގެއް ކުޅެވުނެވެ. ގިނަ ދުވަސްތަކެއްނުވެ އަހަންނާ ނާއިލްގެ ކައިވެނި ކުރެވިގެން ދިޔައެވެ. އަހަރެން ރަށުން ފުރައިގެން ދާން ބޭނުން ނުވުމުން އޭނަ ވަޒީފާ ރަށަށް ބަދަލުކުރިއެވެ. އަހަރެންގެ ދަރިފުޅު ނައިރާ، ނާއިލް ބަލަނީ އަމިއްލަ ދަރިއެއް ފަދައިންނެވެ. މިއަދު އަހަންނަކީ ނާއިލް އާއެކު އުފާވެރި ދިރިއުޅުމެއް އުޅެމުންދާ މީހަކީމެވެ. (ނިމުނީ)
ހަގީގަތް
ފުލުހުންގެ ތެރޭގައި ކޮވިޑް-19 ވައިރަސް ފެތުރިޔަ ނުދިނުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ. މިއަދު ކުރެއްވި ޓްވީޓެއްގައި ހަމީދު ވިދާޅުވީ، ފުލުހުންގެ މެދުގައި އިތުރަށް ބަލި ފެތުރިޔަނުދިނުމަށް ވަރުގަދަ ފިޔަވަޅުތައް އަޅަމުންދާ ކަަމަށެވެ. ބަލީގެ ސަބަބުން ފުލުހުންގެ ވޯކްފޯސް މަދުވިޔަ ނުދިނުން މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ. ފުލުހުންގެ މުވައްސަސާގައި މަސައްކަތް ކުރާ 23 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ސީޕީ ވިދާޅުވިއެވެ، އޭގެ އިތުރުން، ބަލި ފެތުރިޔަ ނުދިނުމަށް ފުލުހުންގެ މުވައްސަސާގައި މަސައްކަތް ކުރާ 293 މީހަކު، އައިސޮލޭޝަންގައި އެބަ ތިބިކަންވެސް އޭނާ ހާމަކުރެއްވިއެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން ފުލުހުންގެ މުއައްސަސާގައި މަސައްކަތް ކުރާ މީހުންގެ އަދަދު ސީޕީ ހާމަކުރެއްވި އިރު، ކޮވިޑް19 އަށް ޕޮޒިޓިވްވާ ސިފައިންނާ ފުލުހުންގެ އަދަދުތައް ވަކިވަކިން ހާމަނުކުރަން މީގެ ކުރިން ނޭޝަނަލަ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީީއޯސީ)އިން ވަނީ ނިންމައިފައެވެ. އެއީ ގައުމީ ސަލާމަތާ ގުޅުންހުރި ކަމަކަށްވާތީ އެވެ. މީގެ ކުރިން އެންއީއޯސީއިން ބުނެފައިވާ ގޮތުގައި، ރާއްޖޭގައި އެންމެ ފްރޮންޓްލައިންގައި މަސައްކަތް ކުރާ 137 މީހަކު މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވެއެވެ.
ފުލުހުންގެ މެދުގައި ކޮވިޑް-19 ފެތުރިޔަ ނުދޭން ވަރުގަދަ ފިޔަވަޅުތަކެއް އަޅާނަން: ސީޕީ
ކަރާޗީ، ޕާކިސްތާން (މޭ 22): ގިނަ އަދަދެއްގެ ފަސެންޖަރުން ގޮވައިގެން ދަތުރުކުރި ޕާކިސްތާނުގެ ގައުމީ އެއާލައިންގެ ފްލައިޓެއް ޕާކިސްތާނުގެ ކަރާޗީގެ މީހުން ދިރިއުޅޭ ސަރަހައްދަކަށް ވެއްޓިއްޖެ އެވެ. ޕާކިސްތާނުގެ މީޑިއާތަކުން ބުނީ، ޕާކިސްތާނުގެ ގައުމީ އެއާލައިން ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ)ގެ ފްލައިޓް ޕީކޭ-8303 ފްލައިޓް ވެއްޓުނީ 99 ފަސެންޖަރުންނާއި އަށް ކްރޫއިންނާ އެކު ދަތުރު ކުރަމުން ދަނިކޮށެވެ. އެއީ، ޕާކިސްތާނުގެ ލާހޯރުން ކަރާޗީއަށް ދަތުރުކުރަމުން ދިޔަ ފްލައިޓެކެވެ. ބޯޓު ވެއްޓުނު ކަރާޗީ އަކީ ޕާކިސްތާނުގެ އެންމެ އާބާދީ ބޮޑު ސިޓީ އެވެ. ސޯޝަލް މީޑިޔާގައި ފްލައިޓް ވެއްޓުނު ސަރަހައްދުގެ ވީޑިއޯ އަދި ފޮޓޯ އާންމުވެފައިވާއިރު އެ ސަރަހައްދުގައި ވަރަށް ގަދަޔަށް އަލިފާން ހިފައި ދުން އަރަމުންދާތަން ވީޑިއޯތަކުން ފެނެ އެވެ. ސީބީއެސް ނޫހުން ރިޕޯޓުކުރި ގޮތުގައި ފްލައިޓް ވެއްޓިފައި ވަނީ ކަރާޗީގެ އާންމުން ދިރިއުޅޭ ސަރަހައްދަކަށެވެ. މި ސަރަހައްދުގައި ހުރި އިމާރާތްތަކުގެ ވަރަށް ގަދަޔަށް ދުން އަރާ މަންޒަރު ވީޑިއޯއިން ފެންނައިރު މި ހާދިސާގައި މަރުވި މީހުންގެ އަދަދު އަދި ސަލާމަތްވި މީހުންގެ އަދަދުވެސް އަދި ހާމަކޮށްފައެއް ނުވެ އެވެ. ޕާކިސްތާނުގައި ކޮވިޑް-19ގެ ސަބަބުން ވައިގެ ދަތުރުފަތުރުތައް މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ފެށުނުތާ އަދި މާ ގިނަ ދުވަސްތަކެއް ނުވެ އެވެ. މަތިންދާބޯޓު ވެއްޓުނު ހާދިސާ މި ހިނގީ އެގައުމުގައި ގިނަ ބަޔަކު ރޯދަ މަސް ނިމުމާއި އީދު ފާހަގަކުރުމަށް އާއިލާ އަދި އެކުވެރިން ކައިރިއަށް ދިޔުމަށް ދަތުރުކުރަމުންދާ ދުވަސްވަރަކާ ދިމާކޮށެވެ. ޕާކިސްތާނަކީ ވައިގެ ދަތުރުފަތުރުގެ ކަންކަމުގައި އާދައިގެ މިންވަރެއްގެ ސަލާމަތީ ރެކޯޑެއް އޮންނަ ގައުމެކެވެ. އެގޮތުން 2016 ވަނަ އަހަރުވެސް ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންގެ ފްލައިޓެއްގައި އަލިފާން ރޯވެ އިންޖީން ހަލާކުވެގެން ވަނީ ވެއްޓިފަ އެވެ. އެ ހާދިސާގައި 40 މީހަކު ވަނީ މަރުވެފަ އެވެ.
107 މީހުންނާ އެކު ދަތުރުކުރި ޕާކިސްތާނު އެއާލައިންގެ ފްލައިޓެއް ވެއްޓިއްޖެ
އައްޑޫ ސިޓީގައި ކޮވިޑް19 އަށް ޓެސްޓު ކުރެވޭނެ ގޮތެއް ނެތުމުން އެމައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ސިޔާސީ ބޭނުމެއްގައި ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ. އައްޑޫގައި ކޮވިޑަށް ޓެސްޓް ނުކުރެވޭ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅުއްވީ ޕީޕީއެމްގެ ފަރާތުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އެވެ. އޭނާ މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ މައްސަލަ ހުށަހަޅަނީ އައްޑޫ ސިޓީގައި ކޮވިޑް19 އަށް ޓެސްޓު ކުރެވޭނެ ގޮތާއި، ރައްކާތެރިކަމުގެ ވަސީލަތްތަކާއި ފަރުވާދޭނެ އެކަށޭނެ އިންތިޒާމު ހަމަޖެހިފައި ނުވާތީ ކަމަށެވެ. ރޮޒައިނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝިޔާމް އެމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ. އަދި އެއީ ބަޔަކަށް އޮޅޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. "އެހެންނަމަ އައްޑޫގެ އެކަނި ވާހަކަ ނައިފަރު މެމްބަރު ލާކަށް ނުޖެހޭނެ. އައްޑޫގައި ތިބީ ސަރުކާރަށް ނިސްބަތްވާ ހަތް މެމްބަރުން. އަޅުގަނޑުމެން ވާހަކަ ދައްކަން ޖެހޭ ފަރާތްތަކާ ވާހަކަދައްކާ ހައްލު ހޯދާނަން." ރޮޒައިނާ ޓްވީޓްގައި ވިދާޅުވި އެވެ. ރޮޒައިނާ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކޮވިޑް 19 އާ ގުޅިގެން އައްޑޫގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އަދި ނައިބު ރައީސް ފައިސަލް ނަސީމާއެކު އައްޑޫގެ ހަތް މެމްބަރުން ބައްދަލުވުމެއް ބޭވި ކަމަށެވެ. އަދި އައްޑޫގައި ޓެސްޓް ހެދުމާ ގުޅޭގޮތުން ހުރި މައްސަލަތައް ހައްލުވާނެ ކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފަ އެވެ. "މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި އައްޑޫގައި ވީހާވެސް އަވަހަކަށް ޓެސްޓް ކުރަން ފެށުން. ޕީޕީއީ ލިބޭނެ އިންތިޒާމުތައް. ކަރަންޓީނު ފެސިލިޓީ އިތުރުކުރުމާއި އެތަނުގެ ސެކިއުރިޓީގެ ކަންކަން. ޕޮލިސް ހިދުމަތް ވަރުގަދަކުރުން ހިމެނޭ." ރޮޒައިނާ ވިދާޅުވި އެވެ. އޭގެ އިތުރުން މާލޭގައި ތާށިވެފައި ތިބި އައްޑޫ ރައްޔިތުންގެ ކަންކަން ހައްލު ކުރުމާއި އެހީގެ ގޮތުގައި ލިބޭ ތަކެތި ފަސޭހައިން އައްޑުއަށް ފޮނުވޭނެ އިންތިޒާމު ހަމަޖެއްސުމާ ބެހޭގޮތުންވެސް މަޝްވަރާ ކުރެވުނު ކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ޕީޕީއީ ހުސްނުވެ އައްޑޫއިން ލިބޭނެ ކަމުގެ ޔަގީންކަން ހެލްތް މިނިސްޓަރު އަދި ނައިބު ރައީސް ދެއްވާފައިވާ ކަމަށެވެ. އަދި ކޮވިޑަށް ޓެސްޓް ކުރުމުގެ އިންތިޒާމު މިމަހުގެ ނިޔަލަށް ހަމަޖެހޭނެ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެފައިވާ ކަމަށްވެސް ރޮޒައިނާ ވަނީ ވިދާޅުވެފަ އެވެ. ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ހުށަހެޅުއްވި މައްސަލައަށް މަޖިލީހުގައި ބަހުސް ކުރުމާ މެދު މިއަދު މަޖިލީހުގައި ގޮތެއް ނިންމާނެ އެވެ.
އައްޑޫގައި ޓެސްޓް ނުކުރެވޭ މައްސަލަ މަޖިލީހަށް ހުށަހެޅީ ސިޔާސީ ބޭނުމެއްގައި: ރޮޒައިނާ
ކާބުލް (މެއި 12): އިސްލާމިކް ސްޓޭޓް (އައިއެސް)އިން ދެކުނު އޭޝިއާއަށް ކަނޑައަޅާފައި ހުންނަ ލީޑަރު އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހައްޔަރުކޮށްފި ކަމަށް އެގައުމުގެ ޖާސޫސީ އިދާރާއިން ބުނެފި އެވެ. އަފްޣާން ޖެނެރަލް ޑިރެކްޓޮރޭޓް އޮފް ނެޝަނަލް ސެކިއުރިޓީ (އެންޑީއެސް) އާއި އެގައުމުގެ އިންޓީރިއާ މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން އަބޫ އުމަރު ޚުރަސާނީ ހައްޔަރުކޮށްފައި ވަނީ ދެކުނު އޭޝިއާގައި ހުންނަ އެ ގުރޫޕުގެ ޖާސޫސީ އިސް ވެރިޔާ އާއި ތަރުޖަމަނަކާ އެކުގަ އެވެ. އެ ބަޔާނުގައި ވަނީ އެމީހުން ހައްޔަރު ކުރުމަށް އޮޕަރޭޝަން ކުރިއަށްގެންދިޔައީ މީގެ ކުރިން ހައްޔަރު ކުރި އައިއެސްގެ އިސް ހަތަރު މެމްބަރަކު ދިން މައުލޫމާތަށާއި ޖާސޫސީ ހޯދުންތަކަށް ބިނާކޮށެވެ. އައިއެސްއިން ވަނީ ފާއިތުވި އަހަރުތަކުގައި އަފްޣާނިސްތާނުގައި ވަރުގަދަ ހަމަލާތައް ދީފަ އެވެ. އެ ޖަމާއަތުން އާއްމު ގޮތެއްގައި ހަރަކާތްތެރި ވަނީ އެގައުމުގެ އުތުރުގައި ކަމަށްވީ ނަމަވެސް އައިއެސްއިން ވަނީ އެގައުމުގެ ދެކުނުގައިވެސް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ މައިގަނޑު ހަނގުރާމަވެރި ޖަމާއަތަކީ ތާލިބާނެވެ. އެ ޖަމާއަތުން ވަނީ އެގައުމުގައި ތިބި އެމެރިކާ ސިފައިން އަފްޣާނުން ބޭލުމަށް ޝަރުތުކޮށް، އެމެރިކާއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި ތާލިބާނުން ވަނީ އެޖަމާއަތުގެ ކޮންޓްރޯލްގެ ދަށުގައިވާ އެއްވެސް ސަރަހައްދެއްގައި އެއްވެސް އަސްކަރީ ޖަމާއަތަކަށް ހަރަކާތްތެރިވާން ފުރުސަތު ނުދޭނެ ކަމަށް ބުނެފަ އެވެ.
އައިއެސްގެ ދެކުނު އޭޝިއާގެ ލީޑަރު އަފްޣާނިސްތާނުން ހައްޔަރުކޮށްފި
"ދޮރު ނުހުޅުވައިފި ނަމަ އެހެރަ އާނގަވަޅުން އެތެރެއަށް ފުންމާލައިގެން ވެސް އަހަރެން ގޭތެރެއަށް ވަންނާނަން." ޒިޔާދު ބުންޏެވެ. "އެހެން ހަދައިފިއްޔާ އަހަރެން ހަޅޭއް ލަވައި ގަންނާނަން. އޭރުން އަވަށުގެ މީހުންނަށް އިވި، އެއްމެން މި ތަނަށް ޖަމާ ވާނެ. އަދި ކަލޭގެ އަގު ވެއްޓޭނެ." ޒުބައިދާ އިންޒާރު ދިނެވެ. "ހާދަ ގޮތް ދޫ ނުކުރާ ކުއްޖެކޭ!" ޒިޔާދު ހިތާހިތާ ކިޔައިލިއެވެ. އަދި އެ ގެއާ ދުރަށް ހިނގައިގަންނަމުން ބުންޏެެވެ. "އެކަމަކު އަހަރެން އަދިވެސް އަންނާން. އަހަރެން މި ކަމެއް ހުއްޓައެއް ނުލާނަން." ޒިޔާދު ދިއުމުން ޒުބައިދާ ރޯން ފެށިއެވެ. ބޮޑުބޭބެގެ ދަރިފުޅުގެ އަމަލުތައް ހުރި ގޮތާއި ވިސްނުން ހުރި ގޮތް ފެނިފައެވެ. ޒުބައިދާ އެ ވާހަކަތައް އޭނާގެ ރަހުމަތްތެރި ހިންދާ ހިއްސާ ކުރިއެވެ. "ތިޔަ ހެން ކަންކަން ސިއްރު ކޮށްގެން ހުންނާކަށް ނުވާނެ. ތިބާގެ ބޮޑުބޭބެގެ ދަރިފުޅު ޒިޔާދު އެވަނީ އޭނާގެ އަމަލުތައް ހުންނާން ޖެހޭ ހައްދުން ބޭރަށް ގެންގޮސްފަ. ބައްޕަ ގާތުގައި ތިޔަ ވާހަކަތައް ބުނޭ." ހިންދު އޭނާ ދެކޭ ގޮތް ހާމަކޮށް ލަފާ ދިނެވެ. "ބައްޕައަށް ބޮޑުބޭބެ ކިޔާ މާ ގިނަ ބަޔަކު ތިބީކީ ނޫޫން. އެންމެ ގާތްކޮށް އައިސް އުޅެނީ ވެސް ޒިޔާދު. ވީ އިރު، ޒިޔާދުގެ އެފަދަ ވާހަކައެއް އިވިއްޖެ ނަމަ ބައްޕައަށް ކެތް ނުކުރެވޭ ވަރުގެ އަސަރެއް ކުރާނެ. އަހަރެންގެ ބޮޑުބޭބެގެ ދަރިފުޅު ފަލީހަތް ވާން ވެސް އަހަރެންނެއް ނޭދެން." ޒުބައިދާ ބުންޏެވެ. "ތިޔަހެންވެއްޖެއްޔާ އޭނާގެ އެ އަމަލު ތަކުރާރު ވިޔަސް، އެ ކަމަށް ކެތް ކޮށް ލައިގެން އމިއްލަ ނަފްސަށް މަލާމާތް ކޮށްލަކޮށްލާ އިނދޭ." ހިންދު ބުންޏެވެ. "ތިޔަހެނެއް ނުވާނެ. އަހަންނަކީ ހިތްވަރު ބަލި، ފިނޑިއެއް ނޫން. އަހަންނަކީ މިނިވަނެއް. އަހަރެންގެ ނުރުހުމުގައި ގަދަކަމަކުން އެއްވެސް މީހަކަށް އަހަރެން ލައްވައިި ކަމެއް ނުކުރުވޭނެ. އަންހެނަކު ފިރިހެނަކާ ވާހަކަ ދައްކައި ގާތްކަން ބެހެއްޓުމުގެ އެތަކެއް ސަބަބެއް އޮވެ ދާނެ. އެހެންނަމަވެސް ފިރިހެނަކު އަންހެނަކާ ގާތްކަން ބޭއްވުމަށް މަސައްކަތް ކުރާނީ ވަރަށް މަދު ފަހަރަކު ނޫނީ އެމީހުންގެ ލައްޒަތަށް ޓަކައި. ބައެއް ފަހަރު ޖިސްމާނީ ލައްޒަތަކާ ހަމަޔަށް ދާން އަޅާ ފިޔަވަޅުތައް ލަސް ވިޔަސް އަދި ނުސީދާކޮށް ކަންކަން ކުރަމުން ދިޔަޔަސް އެމީހުންގެ އާޚިރުު މަގްސަދަކީ އެއީ. މިކަން ނުދަނެ، ފިރިހެނުންގެ ވެސް ވިސްނުން ހުންނަނީ ތިމާމެންގެ ވިސްނުން ހުންނަ ހެން ކަމަށް ހީވެގެން ފިރިހެނުންނާ ވާހަކަ ދައްކާ އަންހެނުންނަށް ލަނޑު ލިބެނީ. އަހަންނަކީ ފިރިހެނުންގެ ވިސްނުން ހުންނަ ގޮތް ނޭނގޭ މީހެއް ނޫން. ވީމާ އެއްވެސް ފިރިހެނަކަށް އައިސް އަހަރެން އެކަނި އިންދައި ވާހަކަ ދައްކާށޭ ކިޔާފައި އައިސް އަހަންނާ ވާހަކަ ދެއްކުމުގެ ފުރުސަތެއް އަހަރެން ނުދޭނަން." ޒުބައިދާ ބުންޏެވެ. "ޒުބައިދާ ބުނީމެއްނު ޒިޔާދާ މެދު ގަޔާ ވާ ވާހަކަ." ހިންދު ބުމަ ހިއްލައިލަމުން ބުންޏެވެ. "އަހަރެން ޒިޔާދާ ގަޔާ ވިޔަސް، އަހަރެންގެ އިއްފަތްތެރިކަން ނަގައިލުމުގެ ފުރުސަތު އޭނާއަކަށް ވެސް ނުދޭނަން. އަހަރެންގެ އުނޫސަތު އަހަރެން އެއްވެސް މީހަކާ ހިއްސާ ކުރާނީ އަހަރެންނާ ކައިވެނި ކުރުމުން." ޒުބައިދާ ބުންޏެވެ. "އެކަމަކު ޒިޔާދު މިހާރު ހީ ކުރާނީ ޒުބައިދާ އޭނާއާ ގަޔާ ނުވަނީ ކަމަށް. ވީ އިރު ކައިވެންޏަށް އެދިގެން ޒުބައިދާގެ ބައްޕަގެ ގާތަށް އޭނާ އަތުވެދާނެ ތަ؟ ޒުބައިދާ ވެސް އޭނާޔާ ގަޔާ ވާ ކަން އަންގާލަން ވީއެއްނު." ހިންދު ބުންޏެވެ. "ނޫން. އޭނާއަށް އެ ކަން އެނގިިއްޖެ ނަމަ، އޭނާ ބޭނުން ވާނީ އަހަރެން އެކަނި ގޭގައި އިންނަ ވަގުތުތަކުގައި އަހަރެންގެ ގާތަށް އަންނާން. އެ ވާނީ ނޭނގި ތިއްބައި ގޯހެއް ހެދިގެން ދިއުމުގެ ފުރުސަތަކަށް. ގޯހެއް ހެދިދާނެ އެއްވެސް ކަމަކަށް އަހަރެން ފުރުސަތެއް ނުދޭނަން." ޒުބައިދާ ބުންޏެވެ. "ރަނގަޅު! އަހަރެން ތިޔަ ވިސްނުމަކާ ދެކޮޅެއް ނަހަދާނަން." ހިންދު ބުންޏެވެ. ***** "ދަރިފުޅާ! ދަރިފުޅުގެ ކައިވެންޏަށް އެދި އާޝިރު ހުށަހެޅި ހުށަހެޅުން ގަބޫލު ނުކުރާން ތިޔަ އުޅެނީ ކީއްވެ؟ އޭނާގެ ހުރި އުނި ކަމަކީ ކޮބާ؟ ދަރިފުޅާ!" ޒުބައިދާގެ ބައްޕަ ބުންޏެވެ. "އަޅުގަނޑު ގަޔާވާ ސިފަތަކެއް ހުރި މީހެއް ނޫން އޭނާއަކީ." ޒުބައިދާ ބުންޏެވެ. "އެކަމަކު އޭނާއަކީ މުދާ ހުރި އަދި ފައިސާ ގިނަ މީހެއް. ދަރިފުޅާ!" ޒުބައިދާގެ ބައްޕަ ބުންޏެވެ. "ފައިސާވެރިކަމަކީ ބޮޑު ވެ ކުޑަ ވާ އެއްޗެއް. ބޮޑެތި މުއްސަނދީން ބަނގުރޫޓު ވެ، އާދައިގެ ދިރި އުޅުމެއް އުޅޭ މީހުން މުއްސަނދި ވާ ތަން ފެންނަނީ މަދަކުން ނޫން ބައްޕާ! އަންހެން ކުއްޖެއްގެ ހަޔާތަކީ ފިރިހެނުންގެ ހަޔާތް ފަދަ އެއްޗެއް ނޫން. ފިރިހެނުންގެ ތެރެއިން ގިނަ މީހުން ބޭނުން ވަނީ ގިނަ ބައިވެރީން ތިބޭން. އެއީ އެމީހުންގެ ޝަރަފަކީ. އެކަކު ވަރިކޮށްފައި އަނެކަކު ބައިވެރިއަކަށް ހެދުމަކީ ވެސް ފިރިހެނުންނަށް ފަސޭހަ ކަމެއް. ކިތައްމެ ފަހަރަކު ވެސް ފިރިހެނުން އާ ހަޔާތެއް ފަށައިިފާނެ. އެކަމަކު އަންހެން ކުއްޖަކު ބޭނުން ވާނީ އޭނާގެ ހަޔާތުގެ ބައިވެރިއާ އަކީ އޭނާގެ ހުރިހާ ކަމެއް ކަމުގައި ވެ، އޭނާއާ އެކު މުޅި ހަޔާތް ހޭދަ ކުރާން. އަންހެން ކުއްޖެއްގެ ހަޔާތަކީީ އެއްމެ ހަޔާތެއް. ވީމާ އަޅުގަނޑު ގަޔާ ނުވާ މީހަކާ ކައިވެނި ކޮށްގެން ހިތްހަމަ ނުޖެހި މުޅި ހަޔާތް ވޭތު ކުރާކަށް ބޭނުމެއް ނޫން. އެކަހަލަ ކަމަކަށް އަޅުގަނޑުގެ މައްޗަށް މަޖުބޫރު ކުރާން ބައްޕަ ބޭނުން ތޯ؟" ޒުބައިދާ ބުންޏެވެ. "ދަރިފުޅަށް ބައްޕަ މަޖުބޫރެއް ނުކުރާނަން. އަންހެން ކުދީން އެމީހުން ބޭނުން ނުވާ މީހުންނާ ކައިވެނި ކުރުވުމަކީ ނަބީބޭކަލުން މަނާ ކުރައްވާ ކަމެއް. އެކަމަކު ދަރިފުޅު އަވަހަށް ކައިވެންޏެއް ކުރާ ތަން ދެކޭން މި މުސްކުޅި ބައްޕަ އެބަ ބޭނުން ވޭ. ބައްޕަ މަރު ވުމުގެ ކުރީން." ޒުބައިދާގެ ބައްޕަ ބުންޏެވެ. "ބައްޕަގެ އުމުރު ﷲ ދިގު ކުރައްވާށި!" ޒުބައިދާ ދުޢާ ކުރިއެވެ. "ބައްޕަގެ ބަލި ދަނީ ބޮޑު ވަމުން. ކުރާ ފަރުވާއަކުން ރަނގަޅު ވަނީކީ ނޫން. ވީމާ ބައްޕަ ދުނިޔޭގައި ހުއްޓައި ދަރިފުޅުގެ ކައިވެނި ވުމަކީ ބައްޕަ ދެން މި ދުނިޔޭގައި ހަމައެކަނި ދެކޭން ބޭނުން ކަމަކީ." ޒުބައިދާގެ ބައްޕަ ބުންޏެވެ. "މި ދުވަސްކޮޅު މި އަވަށަށް ވަރަށް މޮޅު ބޭސްވެރިޔަކު އަންނަ ވާހަކަ އެބަ ދެކެވޭ." މައުޒޫ ބަދަލު ކުރެވޭ ތޯ ޒުބައިދާ މަސައްކަތް ކުރިއެވެ. "ތިޔަ މޮޅު ބޭސްވެރިޔާގެ ވާހަކަ ދެއްކުން ހުއްޓާލާ! ކައިވެންޏާ މެދު ވިސްނާ! އަހަންނަށް ޓަކައި ނަމަވެސް." ޒުބައިދާގެ ބައްޕަ ބުންޏެވެ. "ބައްޕާ! އަޅުގަނޑު ކައިވެނި ކުރާނަން. އިންޝާ ﷲ." ޒުބައިދާ ބުންޏެވެ. "ކޮން އިރަކު؟ ދަރިފުޅާ ޒުބައިދާ!" ޒުބައިދާގެ ބައްޕަ އެހިއެވެ. "އެކަމުގެ ވަގުތު ޖެހުނީމާ ބައްޕާ! އަޅުގަނޑު ގަޔާވާ މީހަކު އައިސް މި ގޭގެ ދޮރުގައި ޓަކި ޖެހީމާ." ޒުބައިދާ ބުންޏެވެ. ***** "ޒިޔާދު! ކިހިނެއް ވީ؟" ޒިޔާދުގެ އެކުވެރި ހައްމާދު ސުވާލު ކުރިއެވެ. "އުދާސްތައް ކުޑައެއް ނުވޭ. އެކުވެރިޔާ!" ޒިޔާދު ބުންޏެވެ. "ކޮން އުދާސްތަކެއް؟ ތިބާގެ ވިޔަފާރި ކާމިޔާބު ވެ މުއްސަނދިކަން އިތުރު ވަމުން ދާ ތަން އަހަންނަށް ފެންނަނީ. އުދާސްތަކެއްގެ ތެރޭގައި އުޅޭން ޖެހޭ ސަބަބެއް ނުވިސްނުނު." ހައްމާދު އެހިއެވެ. "ހުރިހާ އެއްޗަކީ ވިޔަފާރިއެއް ނޫން. އެކުވެރިޔާ!" ޒިޔާދު ބުންޏެވެ. "އަދިވެސް ލޯބިވާ ކުއްޖާގެ ކަންތަކުގައި ތަ ތިޔަ ވިސްނަނީ." ހައްމާދު އެހިއެވެ. "އެއްމެ ހިނދުކޮޅަކަށް ނަމަވެސް އޭނާގެ މަތީން އަހަރެންގެ ވިސްނުން ކެނޑިގެނެއް ނުދޭ." ޒިޔާދު ބުންޏެވެ. "އަހަންނަށް ފެންނަނީ ތިޔައީ ބޭކާރު ކަމެއްގެ ގޮތުގައި. ތީގެ ސަބަބުން އަމިއްލަ ނަފްސު ހަލާކު ވުން ނޫން ކަމެއް ނުވާނެ. މި އަވަށުގައި ރަނގަޅު އަދި ރީތި އަންހެން ކުދީން މަދެއް ނޫން. ކޮންމެވެސް އެހެން ކުއްޖަކާ މެދު ވިސްނާ. ފިރިހެނުން އެމީހުންގެ ބޮޑުބޭބެއިންގެ ދަރީންނާ ކައިވެނި ކުރުމަކީ އަހަރެމެންގެ ސަގާފަތެއް ވެސް ނޫން. އަހަރެމެންގެ ސަގާފަތަކީ ފިރިހެނުން އެމީހުންގެ ބައްޕަފަރާތު ބޮޑުދައިތައިންގެ އަންހެން ދަރީންނާ ކައިވެނި ކުރުން. އަދި އަންހެން ކުދީން އެމީހުންގެ މައިފުށުގެ ބޮޑުބޭބެއިންގެ ފިރިހެން ދަރީންނާ ކައިވެނި ކުރުން." ހައްމާދު ބުންޏެވެ. "ތިޔަ ކިޔަނީ އެކައްޗެއް ނު. އަހަރެން މި އުޅެނީ ސަގާފީ ކަމެއް ކުރާކަށް ނޫން. އަހަރެން ކައިވެނި ކުރާނީ އަހަރެން ލޯބިިވާ ކުއްޖާއާ. އޭނާއާ ކައިވެނި ކުރުން ހަރާމް ވާނެ ފަދަ ކަމެއް ނެތް. ކައިވެނި ހަލާލިއްޔާ ސަގާފަތަށް ބެލުމަކީ ކޮންމެހެން ކުރާން ޖެހޭ ކަމެއް ކަމަކަށް އަހަރެން ނުދެކެން." ޒިޔާދު ބުންޏެވެ. ***** "ބައްޕަގެ ބަލި ހާލު ރަނގަޅެއް ނުވޭ. އެއާ އެކު ވެސް ބޭސްވެރިޔާއަށް ސަތޭކަ ވިހި ރަން ދީނާރު ދޭން އަހަރެން މި ވަނީ ޖެހިފައި. އެއީ މިހާރު އަހަރެންގެ ބޮލުގައި އެޅިފައި ވާ ދަރަންޏެއް. އެ ދަރަނި ދެއްކުމުގެ އެންމެ ފަހު މުއްދަތަކީ މާދަމާ." ޒުބައިދާ ބުންޏެވެ. "އަހަރެންގެ އަތުގައި ތިހާ ވަރަށް ފައިސާ ހުރި ނަމަ ވަގުތުން ދިނީމުސް." ހިންދު ބުންޏެވެ. "އަހަރެންގެ އެންމެ ފަހު އުއްމީދަކަށް ވިސްނީ ތިޔަ އެކުވެރިޔާ ހިންދު!" ޒުބައިދާ ބުންޏެވެ. "ބޮޑުބޭބެގެ ދަރިފުޅު ޒިޔާދު ގާތު ބުނާން ވީ ނު؟" ހިންދު ބުންޏެވެ. "ޒިޔާދުއޭ! ބައްޕަ މިހާ ބަލި އިރު ބައްޕައަށް ގޮވާލަން ވެސް އޭނާ ނާދޭ." ޒުބައިދާ ބުންޏެވެ. "އޭނާ އުޅެނީ އޭނާގެ ވިޔަފާރީގައި ވަރަށް ބޮޑަށް މަޝްއޫލު ވެގެން. އަނެއް ކޮޅުން އެންމެ ފަހުން އޭނާ ތިޔަ ގެޔަށް އައި ދުވަހު ދިމާވީކީ އޭނާއަށް ދެން ތިޔަ ގެއަށް އަންނާން ކެރޭ ވަރުގެ ކަމެއް ނޫނެއް ނު." ހެމުން ހެމުން ހިންދު ބުންޏެވެ. - ނުނިމޭ -
ސަލްމާއާއި ގުރްއާނުގައިވާ ރީތި ވާހަކަތައް 30