news
stringlengths
242
32.4k
Title
stringlengths
6
118
ކޮވިޑް19އިން ރައްކާތެރިވުމަށް ގައިދުރުކަން އިސްކުރަން ޖެހިފައިވާ މިދަނޑިވަޅުގައިވެސް މުވާސަލާތީ ވަސީލަތްތަކުގެ އެހީގައި ގުޅުން ބަދަހި ކުރުމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފި އެވެ. ރަައީސް ސޯލިހު އެހެން ވިދާޅުވީ ރައްޔިތުންނަށް އީދު ތަހުނިޔާ ކިޔައި، ފޮނުއްވި މެސެޖެއްގަ އެވެ. ރައީސް ސޯލިހު ވިދާޅުވީ، ކޮވިޑް-19ގެ ސަބަބުން، އިޖުތިމާއީ ގައިދުރުކަން ދަމަހައްޓަން މަޖުބޫރުވެފައި ވީނަމަވެސް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، އަޅުގަނޑުމެންގެ ގުޅުންތައް ބަދަހިކުރުމުގެ ވަރަށް ފަހި ފުރުސަތުތަކެއް ތަނަވަސްވެފައި އެބަ އޮތް ކަމަށެވެ. އެެހެންކަމުން މިފަހަރު އީދުގައި އެންމެންވެސް މުވާސަލާތީ ވަސީލަތްތައް މެދުވެރިކޮށް ގުޅުން ބަދަހިކުރުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ. "އެކުގައި ދިރިއުޅޭ މީހުންނާ އެކީގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް އިސްކަން ދިނުމާއި، ދުރުގައި ދިރިއުޅުއްވާ ގާތްތިމާގެ މީހުންނާއި އެކުވެރިންނާއެކުގައިވެސް، މުވާސާލާތީ ވަސީލަތްތައް މެދުވެރިކޮށް، ވަގުތުކޮޅެއް ހޭދަކޮށްލައި، ހާލުއަހުވާލު އޮޅުންފިލުވައި، އީދުގެ ތަހުނިޔާ ބަދަލުކުރެއްވުމަކީ، މިއަދާ ވަރަށް މުނާސަބު ކަމެއް،" ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިއަދަކީ އުފާވެރިކަމާއި ހިތްހެޔޮކަމާއި ރަޙްމަތްތެރިކަމާއެކު، އަޅުގަނޑުމެންގެ ގުޅުންތައް އާލާކުރަންވީ ދުވަސް ކަމަށެވެ. އަދި ތިމާގެކަމުގެ ގުޅުންތައް ދިރުވައި، ރަޙްމަތްތެރިކަމުގެ ގުޅުންތައް ބަދަހިކޮށް، އެކުވެރިކަމުގެ ގުޅުންތައް އާލާކުރަން މިއަދަކީ ވަރަށް މުނާސަބު ދުވަހެއްކަން ރައީސް ފާހަގަ ކުރެއްވިއެވެ. "ވަކިން ހާއްސަ ގޮތެއްގައި އެއްބަނޑުއެއްބަފާކަމުގެ ގުޅުންތަކާއި، މައިންބަފައިންނާއި ދަރީންގެ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް މިއީ ވަރަށް އެކަށީގެންވާ ދުވަހެއް ކަމުގައި ދެކެން،" ރައީސް ސޯލިހް ވިދާޅުވިއެވެ. ގޭ ބަންދުގައި ތިބެންޖެހޭ މި ދަނޑިވަޅުގައި މައިންބަފައިންނާއި ދަރިން، އެކަކު އަނެކަކަށް އަޅާލައި އެހީތެރިވެދިނުމުގެ ރީތި ސިފަ އަށަގަންނުވަންވީ ދުވަސްކޮޅެއްގެ ގޮތުގައި ރައީސް ސިފަ ކުރެއްވިއެވެ. އަދި އާއިލާއާއެކު ފައިދާހުރި ވަގުތުތަކެއް ހޭދަކުރުމަށް މި ފުރުސަތުގެ ބޭނުން ހިފުމަށް ރައީސް ނަސޭހަތްތެރިވިއެވެ. ރައީސްގެ މެސެޖްގައި އިތުރަށް ވިދާޅުވީ، ޢީދުގެ އުފާ ފާޅުކުރުން އޮންނަން ވަނީ މުޖުތަމައުގައި ތިބި ތަފާތު ފަންތިތަކާއި ތަފާތު ގިންތިތަކުގެ މީހުންގެ މެދުގައި، އެއްވެސް ތަފާތުކުރުމެއް ނޯންނާނެ ގޮތުގެ މަތީން ކަމަށެވެ. އަދި މިދަނޑިވަޅުގައި ނިކަމެތިންނަށްވެސް އަޅާލުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ. "ކޯވިޑް-19ގެ ސަބަބުންވެސް، ތަފާތު ނިކަމެތި ހާލަތްތައް މެދުވެރިވެފައިވާ ކިތަންމެ ބަޔަކު، މުޖުތަމައުގައި ތިބިކަން ހަނދާންކޮށް، އެމީހަކަށް ވެވުނު އެންމެ ދީލަތި ގޮތެއްގައި، އެފަދަ މީހުންނަށް އެހީތެރިވުމަ މި އުފާވެރި ފިތުރު އީދުގެ ދަރުމައާއި ސަވާބު އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމެއް،" ރައީސް ސޯލިހް ވިދާޅުވިއެވެ. އިގްތިސާދުވެސް ހުއްޓުމަކަށް އައިސްފައިވާ މިދަނޑިވަޅުގައި ކެތްތެރިވުމާއި އިސްރާފު ނުކުުރުމަށް އަމަލުތައް ބެހެއްޓުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ އަދި ރަމަޟާން މަހުގައި އަޅުގަނޑުމެން ހާސިލުކުރި އެފަދަ ސިފަތަކުގެ މަތީގައި، ކުރިއަށް އޮތް ދުވަސްތައް ހޭދަކުރެވޭތޯ ބެލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. "މި ތަޙައްމަލް ކުރަމުންދާ ދަތި އުނދަގޫ ޙާލަތުން އަރައިގަތުމުގައިވެސް، އެންމެ ބޮޑަށް ބޭނުންވަނީ އެންމެންގެ އެކުވެރިކަމާއި އެއްބާރުލުން. އަދި މި ހާލަތުން އަރައިގަތުމަށް މިކުރާ މަސައްކަތުގައި، މިހާތަނަށް އަޅުގަނޑުމެންނަށް ލިބިފައިވާ ހުރިހާ ކާމިޔާބެއްގެ ފަހަތުގައިވަނީ، މާތް ﷲގެ ދީލަތިވަންތަކަމާއި، ސުއްހީ ހިދުމަތްތެރިންގެ އިރުޝާދުތަކަށް ރައްޔިތުން ދެއްވި އެއްބާރުލުމާއި، ރައްޔިތުންގެ މެދުގައި އޮތް އެކުވެރިން،" ރައީސް ސޯލިހް ވިދާޅުވިއެވެ.
މިދަނޑުވަޅުގައި މުވާސާލާތީ ވަސީލަތްތަކުގެ އެހީގައި ގުޅުން ބަދަހި ކުރައްވާ: ރައީސް
ކޮރޯނާގެ ބިރާ ގުޅިގެން މިޔަންމާގެ ރޮހިންގާގެ ބޯޓުތައް މެލޭޝިއާއަށް އަޔަނުދީ ފޮނުވާލަން ފަށައިފިއެވެ. މިޔަންމާ ސަރުކާރުގެ އަނިޔާވެރިކަމުން ސަލާމަތްވުމުގެ ގޮތުން މެލޭޝިއާއަށް އަންނަ ރޮހިންގާ ބޯޓުތައް ވަނުމުގެ ހުއްދަ މީގެ ކުރިން ދެއެވެ. ނަމަވެސް މިދިޔަ ހަފްތާވެސް 200 މީހުން ގޮވައިގެން މެލޭޝިއާއަށް ބަނދަރުކުރަން އުޅުނު ރޮހިންގާގެ ބޯޓެއް ވަނުމުގެ ހުއްދަ ނުދީ ވަނީ ފޮނުވާލައިފައެވެ. މެލޭޝިއާގެ ނޭވީގެ ބެލުމުގެ ދަށުން އެ ބޯޓު މެލޭޝިއާގެ ކަނޑުގެ ސަރަހައްދުން ބޭރުކޮށްލީ ބޯޓުގައި ތިބި މީހުންނަށް ކާތަކެތި ދިނުމަށް ފަހުއެވެ. މެލޭޝިއާގައި ކޮރޯނާ ފެތުރެންފެށިފަހުން މިހާތަނަށް 5000 އަށް ވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާއިރު 100އެއްހާ މީހުން ވަނީ މަރުވެފައެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މެލޭޝިއާއިން ވަނީ ލޮކްޑައުންވެސް ކޮށްފައެވެ. މެލޭޝިއާގައި އެންމެ ފުރަތަމަ ބަލި ފެތުރެންފެށީ މިދިޔަ ފެބްރުއަރީ މަހުއެވެ. ބަލި ފުރަތަމަ ފެތުރެންފެށީ މިސްކިތެއްގައި ބޭއްވި އިވެންޓަކުންނެވެ. އެ އިވެންޓުގައި ރޮހިންގާ މީހުންވެސް ބައިވެރިވިކަމަށް ވަނީ ބެލެވިފައެވެ. މީގެ ކުރިން ހިނގި އެހެން ހާދިސާއެއްގައި ރޮހިންގާ މީހުން ތބި ބޯޓެއް ތިބި 60 މީހުން މަރުވިއެވެ. އެ ބޯޓުވެސް ބަނދަރު ކުރުމުގެ ހުއްދަ މެލޭޝިއާއާއި ތައިލެންޑުން ނުދިނެވެ. ނަމަވެސް ފަހުން އެ ބޯޓް އެނބުރު ބަންގްލަދޭޝް ކައިރިއަށް ދިއުމުން އެ ބޯޓުގައި ތިބި މީހުން އެގައުމުގެ ކޯސްޓުގާޑުން ނެގިއެވެ. ބީބީސީ
ކޮރޯނާގެ ބިރާއެކު ރޮހިންގާގެ ބޯޓުތައް މެލޭޝިއާއަށް ވަނަނުދީ ފޮނުވާލަނީ
ވޮޝިންޓަން (18 މެއި 2020): ޗައިނާއިން އެމެރިކާއާއި ޔޫރަޕްގައި ކޮރޯނާ ވައިރަސް "ކޮވިޑް-19" ފެތުރީ ކަމަށާއި އެއީ ސްޓްރެޓީޖިކް ބޭނުމެއްގައި ޗައިނާ ކުރި ކަމެއްކަމަށް އެމެރިކާއިން ތުހުމަތު ކޮށްފިއެވެ. އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވް ގައި ރިޕަބްލިކަން ޕާޓީ ތަމްސީލުކުރާ ހަރުކަށި ފިކުރުގެ މެންބަރެއްކަމަށްވާ ލިޒް ޗޭނީ ވިދާޅުވީ ޗައިނާއިން އެމެރިކާއާއި ޔޫރަޕްގައި ކޮވިޑް-19 ފެތުރީ ގަސްދުގައި ކަމަށާއި ޗައިނާ އެކަން ކުރިއިރު އެއިން ރައްކާތެރިވާނެ ފުރުސަތުވެސް އެމެރިކާއާއި ޔޫރަޕަށް ނުލިބުނު ކަމުގައެވެ. ފޮކްސް ނިއުޒް އަށް ދެއްވި ބަސްދީގަތުމެއްގައި ލިޒް ޗޭނީ ވިދާޅުވީ އަސްކަރި އަދި އިގްތިސާދީ ބާރުވެރިކަމާއި ޓެކްނޮލޮޖީ ޗައިނާ ހޯދި ނަމަވެސް އެމެރިކާއާއި ޔޫރަަޕްގެ ގައުމުތައްފަދަ ތަހުޒީބު ގައުމަކަށް ޗައިނާއަށް ނުވެވޭނެ ކަމުގައެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ކޮވިޑް-19 ޗައިނާގައި ކުރިން ފެތުރުނު ނަމަވެސް ޗައިނާ ބޭނުންނަމަ އެމެރިކާއާއި ޔޫރަޕަށް އެވައިރަސް އައުން ހުއްޓުވުނީސްކަމަށް ލިޒް ޗޭނީ ވިދާޅުވިއެވެ. ނަމަވެސް އެމެރިކާއާއި ޔޫރަޕްގައި ކޮވިޑް-19 ފެތުރީ ޗައިނާގެ ކަމުގެ އެއްވެސް ހެއްކެތް ލިޒް ޗޭނީއަށް ދެއްކިފައެއް ނުވެއެވެ. އަދި ކޮވިޑް-19 އެމެރިކާގައި ފެތުރުނުއިރު އެކަން އެމެރިކާއަށް ނުހުއްޓުވުނީ ކީއްވެގެންކަމާ އެމެރިކާއަކީ ދުނިޔޭގެ އެންމެ ބޮޑުބާރު ކަމަށްވެފައި އެންމެ ވަސީލަތްތަކާއި ޖާސޫސީ ގޮތުން ކުރިއަރާފައިވާ ގައުމު ކަމަށްވާއިރު އެވައިރަސް ކޮންޓްރޯލް ކުރުމުގައި އެމެރިކާ ނާކާމިޔާބުވީ ކީއްވެގެންކަން ލިޒް ޗޭނީ ވިދާޅެއްނުވެއެވެ. ނަމަވެސް ޗައިނާ މައިތިރި ކުރުމަށްޓަކައި އަސްކަރީ ގޮތުންނާއި ސިއްހީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން މިހާރަށްވުރެ އެމެރިކާ ބާރުގަދަ ކުރަންޖެހޭ ކަމަށާއި އެމެރިކާގެ އިގްތިސާދުވެސް މިހާރަށްވުރެ ހަރުދަނާ ކުރަންޖެހޭ ކަމަށް ލިޒް ޗޭނީ ވިދާޅުވިއެވެ. ރައީސް ޑޮނަލްޑް ޓްރަމްޕާ އެއްގޮތް ކަނާތު ފިޔައިގެ ޕޮޕިއުލިސްޓް ފިކުރު ގެންގުޅުއްވާ ލިޒް ޗޭނީ އަކީ އެމެރިކާގެ ކުރީގެ ނައިބު ރައީސެއް ކަމަށްވާ ޑިކް ޗޭނީގެ ދަރިކަނބަލެކެވެ. ޑިކް ޗޭނީއަކީ ޖޯޖް ޑަބްލިޔުބުޝްގެ ރައީސްކަމުގައި އިރާގުގައި ފަނާކުރަނިވި ހަތިޔާރުހުރި ކަމަށްބުނެ ދޮގުހަދައިގެން އެމެރިކާ އިރާގަށް އަރައިގަނެ އިރާގުގެ ސަރުކާރު ވައްޓާލައި އިރާގުގެ އެތަށް ލައްކަބަޔަކު މެރުމުގެ ޖަރީމާ ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ. މީގެއިތުރުން އިރާގު އާރާސްތު ކުރުމުގެ ނަމުގައި އެމެރިކާއިން އެތަށް ސަތޭކަ ބިލިޔަން ޑޮލަރެއް ބުޝްގެ ވެރިކަމުގައި ހިންގިއިރު އެއިން ކޮރަޕްޝަނުގެ ގޮތުގައި ބޮޑު އެއްޗެއް ހޯއްދެވި ކަމުގެ ތުހުމަތު އެމެރިކާގެ އެތެރެއިން ޑިކްޗޭނީގެ މައްޗަށްވަނީ ކުރެވިފައެވެ. އެއްވެސް ހައްގަކާނުލައި އެމެރިކާއިން އިރާގުގައި ހިންގި ޖަރީމާތަކަށް ބަދަލުގެ ގޮތުގައި އެތަށް ސަތޭކަ ބިލިޔަން ޑޮލަރެއްގެ ދޭންޖެހޭ ދުވަހެއް އައުމަކީ ދުނިޔޭގެ ކަންތައްތައް ދާގޮތުން އެކަށީގެންވާ ކަމެއްކަމަށް ތަޖްރިބާކާރުން ދެކެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކޮވިޑް-19 އެމެރިކާގައި ކޮންޓްރޯލް ނުވެ އެ ރޯގާގައި އެމެރިކާގެ 90 ހާހަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު އެކަމުގެ ޒިންމާ ސީދާ ގޮތެއްގައި ޗައިނާގެ ބޮލުގައި އަޅުއްވާފައެވެ. މިއީ އެމެރިކާގެ ރިޔާސީ އިންތިޚާބާ ގާތްވެފައިވާ މިދުވަސްވަރު ޓްރަމްޕްގެ މަގްބޫލުކަން ދަށްވެފައިވާތީ ޗައިނާގެ ބޮލުގައި ކޮވިޑް-19 ގެ ޒިންމާ އަޅުވައި ޒިންމާއިން ރެކިވަޑައިގަތުމުގެ ސިޔާސީ މަގްސަދުގައި ޓްރަމްޕާއި އޭނާގެ ބައިވެރިން ކުރާ ކަމެއްކަމަށާ ރިޔާސީ އިންތިޚާބު ނިމެންދެން ޗައިނާއަށް ބަހުގެ ޙަމަލާތައް ދިނުމުގެ ކަންތައް ޓްރަމްޕާއި އޭނާގެ ޓީމުން ކުރިޔަށް ގެންދާނެކަމަށް މުހައްލިލުން ވިދާޅުވެއެވެ. އެމެރިކާގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ޓްރަމްޕްގެ ސަރުކާރު ނާކާމިޔާބު ވުމުން ޓްރަމްޕްގެ މަގްބޫލުކަން އެމެރިކާގެ ރައްޔިތުންގެ މެދުގައިވަނީ ދުވަހަކުވެސް ދަށަށް ނުދާ މިންވަރަށް ދަށަށްގޮސްފައެވެ. (ނޫސްއެޖެންސީތައް + އަލްޖަޒީރާ)
ކޮވިޑް-19 އަކީ ސްޓްރެޓީޖިކް ރޭވުމެއްގެ ދަށުން އެމެރިކާއާއި ޔޫރަޕްގައި ޗައިނާ ފެތުރި ވަބާއެއް: އެމެރިކާ
ޖަލުގައި ބަލި އެދުގައި އޮތް އުމުރުން 92 އަހަރުގެ ގައިދީއަކު މަރުވެއްޖެ އެވެ. ގައިދީ މަރުވެފައިވާކަން ޔަގީންކޮށްދެއްވަމުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުއްހަދުފުޅު މިއަދު ފަތިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ގައިދީ މަރުވެފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އޮންނަ ޕްރޮޓޯކޯލްގެ ދަށުން އެކަން ހިއުމަންރައިޓްސް ކޮމިޝަނަށާއި ފުލުހުނަށް މިހާރު އަންގާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. ކޮރޯނާވައިރަސް ރާއްޖޭގައިވެސް ހަލުވި ކަމާއެކު ފެތުރެމުން ދާތީ އުމުރުން ދުވަސްވީ މީހުންނާއި ބަލި ފެތުރުމުގެ ރިސްކް ހައި ތަންތަނުން މަރުވާ އެންމެން ކޮވިޑް-19 އަށް ޓެސްޓް ކުރާނެ އެވެ.
ހުޅުމާލޭ ޖަލުން 92 އަހަރުގެ ގައިދީއަކު މަރުވެއްޖެ
ރައްޔިތުންގެ މަޖިލިސް މެމްބަރުން ބުރަކޮށް މަސައްކަތް ކުރުމަކީ އެއީ ރައްޔިތުންނަށް ދިން އީދު ތަހުނިޔާ ކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ރައީސް ނަޝީދު މިގޮތަށް ވިދާޅުވީ، ވީޑިއޯ މެސެޖްގެއް މެދުވެރިކޮށް އީދު ތަހުނިޔާ ފޮނުވަމުންނެވެ. ވީޑިއޯ މެސެޖެއްގައި އެމަނިކުފާނު ވިދާޅުވީ، މަޖިލިސް މެމްބަރުންގެ ފަރާތުން ރައްޔިތުނަށް ދޭ އީދު ހަދިޔާއަކީ، އެ ބޭފުޅުން ކުރައްވާ މަސައްކަތާއި މަޖިލިސް ހިންގެވުމާ ދެއްވާ އެއްބާރުލުން ކަމަށެވެ. "ތިޔަ އިއްޒަތްތެރި މެމްބަރުން ވަގުތު ދެއްވައި، ސާބިތުކަމާއެކު ނުކުންނަވާ ތިޔަ ކުަރައްވާ މަސައްކަތަށް، މި މަޖިލިސް ހިންގުމުގައި ތިޔަ ދެއްވާ އެއްބާރުލުން، އެއީ އަޅުގަނޑު ދެކޭ ގޮތުގައި މިއަދު ރާއްޖޭގެ ރައްޔިތުންނަށް ދެވޭ އިދު ތަހުނިޔާ އަދި އީދު ހަދިޔާ،" ރައީށް ނަޝީދު ވިދާޅުވިއެވެ. ވީޑިއޯ މެސެޖްގައި މަޖިލިސްގެ ހުރިހާ ސެކްޝަންތަކުގެ މުވައްޒަފުންވެސް މި ދަނޑިވަޅުގައި މަޖިލިސް ހިންގެވުމަށް ދެއްވާ އެއްބާލުމަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ. މިއަދަކީ ރޯދަ މަހުުގެ ފަހު ދުވަހައެވެ. އަދި މާދަމާ އަކީ ފިތުރު އީދުގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. މަޖިލީހުން ނިންމާފައިވަނީ އީދު ބަންދުގައިވެސް މަޖިލިސް ޖަލްސާތައް ކުރިއަށް ގެންދިޔުމަށެވެ.
މެމްބަރުން ބުރަކޮށް މަސައްކަތް ކުރުން އެއީ ރައްޔިތުންނަށް ދިން އީދު ތަހުނިޔާ: ނަޝީދު
ކޮވިޑަށް ފަރުވާދޭން ރާއްޖެއަށް ފްލޯޓިން ހޮސްޕިޓަލެއް ގެންނަން ޖެހޭ ހާލަތަށް އަދި ނުދާކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވިދާޅުވީ ކޮވިޑާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތް ކުރަނީ ރައީސްގެ އިރުޝާދާ އެއްގޮތަށް ކަމަށެވެ. ރާއްޖޭގައި ބަލީގެ ހާލަތު ނުރައްކާވިޔަސް މެނޭޖު ކުރުމުގެ ގާބިލުކަން ދިވެހި ޑޮކްޓަރުންނާއި ނަރުހުން އަދި ސިފައިންނާއި ފުލުހުން އަދި މަސައްކަތްތެރިންގެ އެބަހުރި ކަމަށެވެ. "އަޅުގަނޑުމެން ވެއްޓުނީމާ އެހެން ބަޔަކު އަންނާނީ. އަޅުގަނޑުމެން ބޭރުގެެ އެހީތެރިކަމަށް އެދެންޖެހޭ ހިސާބަކަށެއް އަދި ނުދޭ. އެންމެ ގޯސް ހާލަތު އައިސްފައި މިއޮތީ،" މިނިސްޓަރު ވިދާޅުވި އެވެ. އަލީ ވަހީދު ވިދާޅުވީ ފްލޯޓިން ހޮސްޕިޓަލެއް ގެންނާނެ ހާލަތެއް އަންނާނީ "އަޅުގަނޑުމެންގެ ދިފާއު ފޫއަޅައިގެން ދިޔައީމާ" ކަމަށެވެ. ރާއްޖޭގެ ސިފައިންނާއި ފުލުހުން އަދި ޑޮކްޓަރުންނާއި ފްރޮންޓުލައިނުގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކުން މަސައްކަތް ކުރަނީ މިކަމުގައި ހުރި ރިސްކު އެނގިގެން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. "އިރާދަކުރެއްވިއްޔާ ރާއްޖެއަށް ފްލޯޓިން ހޮސްޕިޓަލެއް ގެންނަން ނުޖެހި މިކަން ދިވެހި ސަރުކާރުން ކާމިޔާބު ކުރެވޭވަރަށް މިދަނީ މަސައްކަތް ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ. މީގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މިނިސްޓަރު އަލީ ވަހީދު ވަނީ ކޮވިޑާ ގުޅިގެން އަތުވެދާނެ އެންމެ ގޯސް ހާލަތަކަށްވެސް ތައްޔާރުވެފައިވާކަމަށާއި، ފްލޯޓިން ހޮސްޕިޓަލެއް ގެންނަން ޖެހިއްޖެނަމަ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ފްލޯޓިން ހޮސްޕިޓަލް ގެނައުމަށް ވެސް ތައްޔާރަށް އޮތްކަމަށް ވިދާޅުވެފަ އެވެ. ރާއްޖެއިން މިހާތަނަށް 214 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. ބަލިން ރަނގަޅުވެފައިވަނީ 17 މީހެކެވެ.
ފްލޯޓިން ހޮސްޕިޓަލެއް ގެންނަންޖެހޭ ހާލަތަކަށް އަދި ނުދޭ: އަލީ ވަހީދު
ކޮރޯނާވައިހުގެ އާލަމީ ވަބާއާ އެކު އެތަށް ބައެއްގެ ދިރިއުޅުން އެތަށް ގޮތަކަށް ބަދަލުވެއްޖެ އެވެ. މި ރޯގާގެ ރާޅުތައް އަހަރުމެންގެ ދިރިއުޅުމަށް އަރައި ފައިބައިގެން މިދަނީ، ދިރިއުޅުމުގެ އާދަތައް އެ ފުށް މިފުށަށް ޖަހާލަމުންނެވެ. މި ވައިރަހުގެ އެންމެ ނުރައްކާތެރި ހާލަތް ރާއްޖެއިން ކަނޑަތުކުރަމުން މިދަނީ ރޯދަ މަހާ ދިމާކޮށެވެ. ރޯދަ މަހުގައި ދިވެހިން ހިފަހައްޓަމުން ދިޔަ އާދަތައް ކަމަށްވާ، މިސްކިތުގެ ޖަމާއަތުގައި ނަމާދު ކުރުމާއި ތަރާވީސް ކުރުން އަދި ރެސްޓޯރެންޓްތަކުން އާއިލާ އެންމެން ރޯދަ ވީއްލުން ފަދަ ކަންކަން މިވަނީ ހުއްޓިފަ އެވެ. މިއީ ދިވެހިންނަށް ކުރިމަތިވި ތަފާތު ރޯދަމަހެކެވެ. އެއްބަޔަކަށް ގޭގައި ތިބެ ރޯދަ ވީއްލުމުގެ ނަސީބު ލިބިފައިވީ ނަމަވެސް އެ ނަސީބުން މަހުރޫމް ވެފައިތިބި ބަޔަކުވެސް އެބަތިއްބެވެ. އެއީ، މި ވައިރަހާ ދެކޮޅަށް ކުރީސަފުަގއި މަސައްކަތް ކުރާ ނުވަތަ، ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންނެވެ. އޭގެ ތެރެއިން ބައެއް މީހުން ރޯދަ ވީއްލަން ޖެހިފަިއ ވަނީ ވެސް މަގުމަތީގަ އެވެ. ނޫނީ އެމީހަކު ޑިއުޓީކުރާ ޕޯސްޓެއްގަ އެވެ. މިއީ ތަފާތު މަންޒަރުތަކެވެ؛ ސަންގެ ޓީމުން އެއް ހަފްތާއެއް ތެރޭ ކުރި މަސައްކަތުން ފްރޮންޓްލައިންގައި މަސައްކަތް ކުރަން ޖެހުމުގެ ސަބަބުން މަގުމަތީގައި ރޯދަ ވީއްލަން ޖެހޭ މީހުންގެ މަންޒަރުތައް މި ވަނީ އެއްކޮށްފަ އެވެ. މެއި 2020: މިއީ ސޯސަންމަގު ހެންވޭރާ ދިމާލުން ނިމޭ ހިސާބުގައި ހުންނަ ތޮއްޖެހިފައި ތިބި ބަންގްލަދޭޝް މީހުން ދިރިއުޅޭ ގެ ކައިރީ ޕްެޓްރޯލް ކުރުމަށް ހުންނަ ފުލުހެއް --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް މަތީގައިވާ ފޮޓޯ އިން އެ ފެންނަނީ، އެޗްޕީއޭއިން މޮނިޓަރިންއަށް ލާފައިވާ ބަންގްލަދޭޝް މީހުން ދިރިއުޅޭ ގެއެއްގެ ކުރިމަތީ ޑިއުޓީއަށް ހުރި ފުލުހަކު މަޢްރިބު ނަމާދު ބަންގި ގޮވުމާއެކު އެކު އޭނާ ރޯދަ ވީއްލަން ފެށި މަންޒަރެވެ. ބަންގީގެ އަޑާ އެކު ފުލުސް މީހާ އެންމެ ފުރަތަމަ ވެެސް ސެނިޓައިޒާ ފުޅިއެއް ނަގާ ރަނގަޅަށް އަތް ސާފުކޮށްލި އެވެ. ޖޫސްތައްޓަކުން އޭނާ ރޯދަ ވީއްލީ އެއަށް ފަހު އެވެ. މެއި 8، 2020: މިއީ ސޯސަންމަގު ހެންވޭރާ ދިމާލުން ނިމޭ ހިސާބުގައި ހުންނަ ތޮއްޖެހިފައި ތިބި ބަންގްލަދޭޝް މީހުން ދިރިއުޅޭ ގެ ކައިރީ ޕްެޓްރޯލް ކުރުމަށް ހުންނަ ފުލުހެއް --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް މެއި 2020: މިއީ ސޯސަންމަގު ހެންވޭރާ ދިމާލުން ނިމޭ ހިސާބުގައި ހުންނަ ތޮއްޖެހިފައި ތިބި ބަންގްލަދޭޝް މީހުން ދިރިއުޅޭ ގެ ކައިރީ ޕްެޓްރޯލް ކުރުމަށް ހުންނަ ފުލުހެއް --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް މެއި 2020: ޑިއުޓީގައި ހުރި ފުލުސް އޮފިސަރު ބަންގި ގޮވަންދެން މަޑުކޮށްލައިގެން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް މަތީގައިވާ ފޮޓޯތަކުން ފެންނަ، ސޯސަންމަގު ހެންވޭރުކޮޅުގައި ހުންނަ ބިދޭސީން ތޮއްޖެހިގެން ދިރިއުޅޭ ގެއެެއް ކައިރީ ޑިއުޓީ ފުލުހުން ޕެޓްރޯލް ކުރަމުން އަންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ. ރޯދަ ވީއްލާ ވަގުތުގައިވެސް ފުލުހުން އެ ގެ ޕެޓްރޯލް ކުރުން ހުއްޓާ ނުލާ ވަގުތެކެވެ. އެތަނުގައި ޑިއުޓީގައި ހުންނަ ފުލުސް އޮފިސަރު ރޯދަ ވީއްލަނީ އެތަނުގައި ހުރެ އެވެ. ބައެއް ދުވަސް ދުވަހު އެ ފުލުސް މީހާއަށް އެ ސަރަހައްދުގެ ކައިރި ގެތަކުންވެސް ރޯދަ ވީއްލުމަށް ތަކެތި ދޭތަން ފެނެެ އެވެ. އަދި މިގޮތަށް ދޭ ބައެއް ހަދިޔާތައް ބަންދުކޮށްފައި ހުންނަ ބިދޭސީންނަށްވެސް ދޭތަން ފެނެ އެވެ. ފުލުހުން އަންނަނީ މާލޭ ސިޓީގައި ހުރި މިފަދަ 28 ތަނެއްގެ ސެކިއުރިޓީ ބަލަހައްޓަމުންނެވެ. އެތަންތަނުން އެންމެންގެ ސާމްޕަލް މިހާރު ނަގާފައިވާ ކަމަށް އެންއޯސީ އިން މީގެ ކުރިން ވަނީ ބުނެފަ އެވެ. މެއި 17، 2020: މިއީ ފެމިލީ ކޯޓުގައި ފޯރިމަރަން ހުންނަ ފާރަވެރިޔާ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް މެއި 17، 2020: ރިޔާސީ ލޯންޗުކޮޅުގައި ތިބޭ ސިފައިން ރޯދަ ވިއްލުމަށް ތައްޔާރުވަނީ. އެމީހުންނަށް ބައެއް ތަކެތި އެދުވަހު ގެންގޮސްދީފައި ވަނީ ކުޑަ ޑިންގީއެއްގައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް މެއި 8، 2020: ރިޔާސީ ލޯންޗްގައި ތިބޭ މީހުން ރޯދަ ވިއްލަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް މެއި 17، 2020: ސިނަމާލެ ބުރިޖް ޗެކްޕޯސްޓްގައި ތިބޭ ފުލުހުންގެ ރޯދަ ވީއްލުން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް މާލެއަށް ކުރިއަށް އޮތް ދުވަސްތަކުގައި އަންނާނެ ކަމަށް ލަފާކޮށްފައިވާ ސާޖާއެކު ފުލުހުން ވަނީ ސިނަމާލެ ބުރިޖުގެ ސަލާމަތީކަންކަން ވަރުގަދަކޮށްފަ އެވެ. އެތަނުން ދަތުރުކުރާ އުޅަނދުތައް ގަވައިދުން ދަނީ ބަލާ ޕާމިޓް އޮތްތޯ ކަށަވަރުކުރަމުންނެވެ. ބަންގި ގޮވި ގަޑީގައިވެސް އެ ސަރަހައްދުގައި ދެ ފުލުހުން ތިއްބެވެ. އެމީހުންވެސް ރޯދަ ވީއްލާފައިވަނީ އެ ސަރަހައްދުގައި ތޮށިގަނޑު މަތީ އިށީންދެލައިގެން ތިބެ އެވެ. މެއި 17. 2020: ކާނިވާ ބަސް ޓާމިނަލްގައި ތިބި ބިދޭސީން ރޯދަ ވިއްލަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް މަތީގައިވާ ފޮޓޯއިން އެ ފެންނަ ބިދޭސިންނަކީ އެއާޕޯޓަށް ދިއުމަށްޓަކައި ބަސް އަންނަދެން އެތަނުގައި މަޑުކޮށްލައިގެންތިބި ބައެކެވެ. އެމީހުން ވަނީ އެދުވަހު ހަވީރު 5:15 އަށް އެތަނަށް އައިސްފަ އެވެ. އަދި ބަންގި ގޮވި ގަޑީވެސް އެމީހުން ތިބީ އެތަނުގަ އެވެ. އެމީހުން ބުނި ގޮތުގައި އެމީހުން އެތަނުގައި ތިބީ އެއާޕޯޓަށް ދިޔުމަށް ބަސް އަންނާނެތީ ބަހުގެ އިންތިޒާރުގަ އެވެ. ނަމަވެސް އެމީހުން އައުމުގެ ކުރިން ބަސް ދިޔުމުން އެ މީހުންނަށް ބަސްކެޓީ އެވެ. އެމީހުން އެދުވަހު ރޯދަ ވީއްލަން ޖެހުނީ އެތަނުގައި ތިބެއެވެ. އެ މީހުންނާ ދެއްކި ވާހަކަތަކުން އެނގެނީ އެމީހުނަށްވެސް އެންމެ ރަނގަޅުގޮތުގައި މައުލޫމާތު ނުލިބޭ ކަމެވެ. އެމީހުން ބޭނުން ވަނީ ވީހާވެސް އަވަހަކަށް އެނބުރު ގައުމަށް ދިޔުމަށެވެ. އެންމެ ފަހުން މިދިޔަ އާދިއްތަ ދުވަހު ބަންގްލަދޭޝްގެ 67 މީހަކު ވަނީ ފުރުވާލާފަ އެވެ. އެއީ އެމީހުންނާ ދިމާވި ދުވަހެވެ. އަދި އިއްޔެ އިތުރު 200 މީހުން ފުރާނެ ކަމަށް ރޭ އެންއޯއީސީގެ ތަރުޖަމާނު މަބްރޫ އަޒީޒު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެ ފްލައިޓް ވަނީ މުއްދަތެއް ނެތް ގޮތަށް މިހާރު ފަސްކޮށްފަ އެވެ. މެއި 13، 2020: ބަންގްލަދޭޝް މީހުން ދިރުއެޅުން އަންނަތަނެއްގައި ރޯދަ ވީއްލުމަށްފަހު ބިދެސީއަކު ބެލްކަނީގައި ނަާދު ކުރަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް މަތީގައިވާ ފޮޓޯގައި ފެންނަ ބިދޭސީން ދިރިއުޅެމުންދާ ތަނުގެ ބެލްކަނީގައި އެކަކު ނަމާދު ކުރަމުން ދިޔަ އިރު އަދިވެސް ބައެއް މީހުން ދިޔައީ ރޯދަ ވިއްލުމުގެ ކަންކަން ކުރަމުންނެވެ. ރޯދަ ވީއްލުމަށްފަހު އޭނާ އަވަސްވެ ގަތީ ވީހާވެސް އަވަހަކަށް ނަމާދު ކުރާށެވެ. މިއީ އެންމެ ގިނަ އަދަދަކަށް ބިދޭސީން ދިރިއުޅޭ އެއް ސަރަހައްދު ކަމަށްވާ އަބައްދަށްފެހި މަގާއި ކަރަންކާ މަގާ ގުޅޭ ގޯޅީގައި ހުންނަ ގެއްގެ ދެވަނަ ބުރީގައި ދިރިއުޅޭ ބިދޭސީންތަކެކެވެ. މިހާތަނަށް ރާއްޖެއިން އެއްހާހަށްވުރެ ގިނަ މީހުން ޕޮޒިޓިވްވި އިރު، އޭގެ ތެރެއިން ގިނަ މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން މިހާތަނަށް ބަންގްލަދޭޝްގެ 554 މީހަކަށް މި ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. މެއި 13، 2020: ފެރީއެއްގައި ތިބި ބިދޭސީން ރޯދަ ވިއްލަނީ--- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް މެއި 13، 2020: ފެރީގައި ތިބި ބިދޭސީން ރޯދަ ވީއްލަނީ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް މިއީ ފެރީއެއްގައި މަސައްކަތް ކުރާ ބިދޭސީންތަކެކެވެ. އެ މީހުން އަހަރުމެންނަށް ރޯދަ ވީއްލުމުގެ ދައުވަތެއް ވެސް ދިނެވެ. އެމީހުން ބުނި ގޮތުގައި މީއި އެމީހުންގެ ރޯދަ ވީއްލުމުގެ އާދަ އެވެ. މެއިި 14، 2020: މާލޭ ދެކުނު ހާބަރުގައި އަޅާފައި އޮންނަ މަސްދޯނިތަކުގައި ތިބޭ ބިދޭސީން ރޯދަ ވީއްލުމަށް ތައްޔާރު ވަނީ. --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް މެއިި 14، 2020: މާލޭ ދެކުނު ހާބަރުގައި އަޅާފައި އޮންނަ މަސްދޯނިތަކުގައި ތިބޭ ބިދޭސީން ރޯދަ ވީއްލުމަށް ތައްޔާރު ވަނީ. --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް މެއިި 14، 2020: މާލޭ ދެކުނު ހާބަރުގައި އަޅާފައި އޮންނަ މަސްދޯނިތަކުގައި ތިބޭ ބިދޭސީން ރޯދަ ވީއްލުމަށް ތައްޔާރުވެ، ބަންގި ގޮވަންދެން މަޑުކޮށްލައިގެން. --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް ދެކުނު ހާބަރުގައި އަޅާފައި އޮންނަ ގިނަ މަސްދޯނިތަކުގައިވެސް ގިނައީ ބިދޭސީންނެވެ. އެ ދޯނިތަކުގައިވެސް ރޯދަ ވިއްލުމަށް ގުރޫޕު ހަދާލާފައި ބަންގި ގޮވާނޭ އިރެއްގެ އިންތިޒާރުގައި މަޑުކޮށްގެން ތިބެ އެވެ. އަދި އެއް ދޯނީގައި ހަދާ އެއްޗެހި އަނެއް ދޯންޏަށްވެސް ދޭތަން ފެނެ އެވެ. މިވެސް ތަފާތު މަންޒަރުތަކެވެ. މެއި 13، 2020: އިމާދުއްދިން ސުކްލްގައި ހުންނަ ސެކިއުރިޓީ ގާޑް ރޯދަ ވީއްލަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް އިމާދުއްދިން ސްކޫލް މިހާރު ބޭނުން ކުރަމުން އަންނަނީ ތޮއްޖެހިގެން އުޅުނު ބިދޭސީން ބޭތިއްބުމަށް ބޭނުން ކުރާ ވަގުތީ ހިޔާއެއްގެ ގޮތުގަ އެވެ. އެތަނުގައި ހުންނަ ސެކިއުރިޓީ ގާޑްވެސް ރޯދަ ވީއްލަނީ އޭނާ ފޯރިމަރަން ހުންނަ ގޮޑީގައި އިށީންދެލައިގެން އިދެ އެވެ. މެއި 8، 2020: ބަންގި ގޮވުމަށް ކުޑަތަންވެފައި ވަނިކޮށް އާސަހަރާގައި ހަރަކާތްތެރިވަމުން ދިޔަ ސިފައިން ރޯދަ ވީއްލުމަށް ތައްޔާރު ވަނީ--- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް މެއި 8، 2020: ބަންގި ގޮވުމަށް ކުޑަތަންވެފައި ވަނިކޮށް އާސަހަރާގައި ހަރަކާތްތރިވަމުން ދިޔަ ސިފައިން ރޯދަ ވީއްލުމަށް ތައްޔާރު ވަނީ--- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް މެއި 8، 2020: ބަންގި ގޮވުމަށް ކުޑަ ވަގުތުކޮޅެއް ވެފައި ވަނިކޮށް ފުލުހުން ރޯދަ ވީއްލުމަށް ތައްޔާރުވަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް މެއި 10، 2020: މަސްވެރިންގެ ޕާކްގައި ގައިމްކޮށްފައިވާ އެންއޯއީސީގެ ސެންޓަރުގައި ސިފައިން ރޯދަ ވީއްލަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް މެއި 14، 2020: މަސްވެރިންގެ ޕާކްގައި ގައިމްކޮށްފައިވާ އެންއޯއީސީގެ ސެންޓަރުގައި ސިފައިންގެ މީހަކު ރޯދަ ވީއްލަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް މެއި 2020: ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން ކުރިމަތީ ފޯރިމަރަން ހުންނަ ފުލުސް އޮފިސަރު ރޯދަ ވީއްލަނީ - ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް މެއި 8، 2020 ދަރުމަވަންތަ ހޮސްޕިޓަލް ޗެކް ޕޯސްޓްގައި ހުންނަ ފުލުސް އޮފިސަރު ރޯދަ ވީއްލަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް މެއި 2020: ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން ކުރިމަތީ ފޯރިމަރަން ހުންނަ ފުލުސް އޮފިސަރު ރޯދަ ވީއްލަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް އެންމެ ގިނައިން މަގުމަތީގައި ރޯދަ ވީއްލަ ޖެހިފައިވަނީ ސަލާމަތީ ހިދުމަތްތަކުގެ ބޭފުޅުންނެވެ. ވެވޭހޭ ވާރޭއަކަށް ދޭ އަތްވަކަށް ބެލުމެއް ނެތި އެމީހުން މަސައްކަތް ކުރަމުން އެދަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަަވަރުކުރުމަށެވެ. މި ހުރިހާ ފޮޓޯތަކަކީވެސް އެކި ދުވަސްމަތީން އަހަރުމެންގެ ޓީމުގެ ފޮޓޯ ޖާނަލިސްޓުން އެއްކުރި ފޮޓޯތަކެވެ. މި ފޮޓޯތަކުން ބުނެދެނީ އެތައް ބައެއްގެ ގުރުބާނީގެ ވާހަަކަތަކެވެ. ގޭގައި އާއިލާ އެކު ރޯދަ ވީއްލުމުގެ އުފަލުން އެ މީހުން މަހުރޫމްވެގެން އެ ތިބީ އެންމެންގެ ސަލާމަތަށެވެ. އަހަރުމެންގެ ތެރެއިން ގިނަ މީހުން ކިހާ ނަސީބު ރަނގަޅު ހެއްޔެވެ؟ އާއިލާ އެކު ގޭގައި މަޖަލުގައި ރޯދަ ވީއްލެ އެވެ. އެކަމަކު އެ ނަސީބުން މަހުރޫމްވެފައިވާ ކިތައް ކިތަތައް މީހުން އުޅޭނެ ހެއްޔެެވެ؟ މެއި 17، 2020: ކޮވިޑް ޖެހިގެން ހާއްސަ ފަރުވާދެމުން އަންނަ ދަރުމަވަންތަ ހޮސްޕިޓަލްގެ ގަޑީން 6:31--- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް
ފޮޓޯއިން - މި މީހުންނަށް އޮތީ މަގުމަތީ ރޯދަ ވީއްލުން!
މެޑްރިޑް (މެއި 13): ސްޕެއިންގެ އެންމެ އުމުރުން ދުވަސްވީ އަންހެން މީހާ ކަމަށް ބެލެވޭ މާރިއާ ބްރަންޔަސް ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 ބަލިން ރަނގަޅުވެއްޖެ އެވެ. އުމުރުން 113 އަހަރުގެ ބްރަންޔަސް ކޮރޯނާވައިރަހަށް ޕޮޒިޓިވްވީ މިދިޔަ މާޗް މަހު ސްޕެއިން ލޮކްޑައުންއަށް ދިޔަ ފަހުންނެވެ. ނަމަވެސް އޭނާގެ ފަރާތުން ސީރިއަސް އަލާމާތްތަކެއް ނުފެނި މިހާރު ބަލިން ރަނގަޅުވެފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓު ކުރި އެވެ. ނަވާރަސަތޭކަހަތް ވަނަ އަހަރު މެކްސިކޯއަށް އުފަންވި ބްރަންޔަސް އާއި އޭނާގެ އާއިލާ ސްޕެއިންއަށް ބަދަލުވީ އޭނާގެ އުމުރުން އަށް އަހަރުގަ އެވެ. އަދި ބްރަންޔަސްގެ ހަޔާތުގައި އޭނާ ވަނީ 1918އިގައި ފެތުރުނު ސްޕެނިޝް ފްލޫ އާއި 1936 އާއި 1939އާ ދެމެދު ކުރިއަށް ދިޔަ އެގައުމުގެ ދާހިލީ ހަނގުރާމަ ދެކެފަ އެވެ. ބްރަންޔަސްގެ ތިން ދަރިންނާއި 11 މާމަދަރިންނާއި މުނިމާމަ ކިޔާ 13 ކުދިން ހުރެ އެވެ. ބްރަންޔަސް ފާއިތުވި 20 ވަރަކަށް އަހަރު ހޭދަކޮށްފައި ވަނީ އުމުރުން ދުވަސްވީ މީހުންނަށް އަޅާލާ ސެންޓަރެއްގަ އެވެ. އެ ސެންޓަރުން ވަނީ މިދިޔަ ހަފްތާގައި އޭނާ ވައިރަހަށް ނެގެޓިވްވެފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ބުނެފަ އެވެ. ނަމަވެސް އެ ސެންޓަރުގައި ބަލަހައްޓަމުން ދިޔަ ބައެއް މީހުން ކޮވިޑް-19 ޖެހިގެން މަރުވިކަންވެސް އެ ސެންޓަރުން ފާހަގަ ކުރި އެވެ. ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ހާލު ސީރިއަސްވުމުގެ ފުރުސަތު އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުންނާއި އެހެން ބަލިތައް ހުންނަ މީހުންނެވެ. ނަމަވެސް ސްޕެއިންގައި މީގެ ކުރިން ކޮވިޑް-19 ޖެހުނު އުމުރުން 101 އަހަރުގެ އަންހެނަކާއި 107 އަހަރުގެ އަންހެނަކުވެސް ބަލިން ރަނގަޅުވެފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. ސްޕެއިންގައި މިހާރު ކޮންމެ ދުވަހަކު ވައިރަހަށް ޕޮޒިޓިވްވާ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު މަދުވުމުން އެގައުމުން ވަނީ ލޮކްޑައުންގެ ގަވާއިދުތައް ލުއި ކުރަން ފަށާފަ އެވެ. އެގައުމުގައި މިހާތަނަށް 228،000އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 26،900އަށް އަރާފަ އެވެ.
ކޮރޯނާވައިރަސް: ސްޕެއިންގެ 113 އަަހަރުގެ އަންހެނަކު ބަލިން ރަނގަޅުވެއްޖެ
ކޮވިޑް-19 އާ ގުޅިގެން ތައާރަފް ކުރި "ރިލީފް ލޯން ސްކީމް"ގެ ދަށުން އަމިއްލަ މަސައްކަތް ކުރާ ނުވަތަ ފްރީލޭންސަރުންގެ ގޮތުގައި އުޅޭ 48 ފަރާތަކަށް ލޯނުދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފި އެވެ. ރާއްޖޭގެ އިގުތިސާދީ ހާލަތާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ފިނޭންސް މިނިސްޓްރީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ މިހާތަނަށް ރިލީފް ލޯނުގެ ދަށުން 48 ފަރާތަކަށް 1.2 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. ފިނޭންސް މިނިސްޓްރީއިން ހާމަކުރި ގޮތުގައި އަމިއްލަ ވަޒީފާ އަދާކުރާ 634 ފަރާތަކުން ވަނީ ލޯނަށް ހުށަހަޅައިފަ އެވެ. އެއީ ޖުމްލަ 12.6 މިލިއަން ރުފިޔާ އެވެ. އޭގެތެރެއިން އެޕްރޫވް ކޮށް އަދި ދޫނުކުރެވި ވަނީ، 174 ފަރާތެއްގެ ލޯނެވެ. އެއީ 4.6 މިލިއަން ރުފިޔާ އެވެ. އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން ލޯނަށް ހުށަހެޅި 93 ފަރާތަކީ އަންހެނުންނެވެ. އޭގެތެރެއިން އެޕްރޫވް ކޮށްފައިވަނީ 33 އަންހެނެއްގެ ލޯނު ކަމަށާއި އެއީ 700،000 ރުފިޔާ ކަމަށް ފިނޭންސް އިން ބުންޏެވެ. އަމިއްލަ ފަރާތްތަކުގެ އިތުރުން އެސްޑީއެފްސީ މެދުވެރިކޮށް ވިޔަފާރިތަކަށްވެސް ވަނީ ލޯނުކޮށްފަ އެވެ. އެގޮތުން 193 ވިޔަފާރިއަކަށް ޖުމްލަ 21.2 މިލިއަން ރުފިޔާ މިހާތަނަށް ވަނީ ދޫކޮށްފަ އެވެ. ލޯނަށް އެދި 1،046 ވިޔަފާރިއެއް ހުށަހަޅާފައިވާއިރު އެއީ 319.7 މިލިއަން ރުފިޔާ އެވެ. އޭގެތެރެއިން އެޕްރޫވްކޮށްފައިވަނީ 466 ވިޔަފާރިއެއްގެ ލޯނެވެ. އެއީ 122.5 މިލިއަން ރުފިޔާ އެވެ. ވިޔަފާރިތަކުގެ ތެރެއިން އަންހެނުން ހުށަހަޅާފައިވާ އެޕްލިކޭޝަންގެ އަދަދަކީ 120 އެވެ. އޭގެތެރެއިން 51 ވިޔަފާރިއެއް އެޕްރޫވްކޮށްފައިވާއިރު އެއީ 13.7 މިލިއަން ރުފިޔާ އެވެ. އެސްޑީއެފްސީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވެސް ވަނީ އިކޮނޮމިކް ރިލީފް ޕެކޭޖުގެ ދަށުން ލޯނު ދޫކޮށްފަ އެވެ. އެގޮތުން ބީއެމްއެލްއިން މިހާތަނަށް 125 ލޯނެއް ދޫކޮށްފައިވާއިރު އެއީ 145.5 މިލިއަން ރުފިޔާ ކަމަށް ފިނޭންސް އިން ބުނެ އެވެ.
އަމިއްލަ މަސައްކަތްކުރާ 48 މީހަކަށް 1.2 މިލިއަން ރުފިޔާ ދޫކޮށްފި
ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ފެތުރުން ނިއުޒީލެންޑްގައި ކޮންޓްރޯލް ވެއްޖެކަން އެގައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ. ނިއުޒީލެންޑްގައި ބަލި ޖެހޭ މީހުން ފަހަކަށް އައިސް ވަރަށް ބޮޑަށް ވަނީ މަދުވެފައެވެ. އެގޮތުން އިއްޔެ އެކަނިވެސް ބަލި ޖެހިފައިވަނީ އެންމެ މީހަކަށެވެ. ނިއުޒީލެންޑްގައި ބޮޑުވަޒީރު ޖަސިންޑާ އާޑަން ވިދާޅުވީ ކޮވިޑް އެގައުމުން މިހާރު އެގައުމުން ގާތް ގަނޑަކަށް ނައްތާލެވިފައިވާ ކަމަށެވެ. އެހެން ނަަމަވެސް އެގައުމުގެ އޮފިޝަލުން ވިދާޅުވީ މިއީ އެގައުމުން ބަލި ފެތުރުން އެއްކޮށް ހުއްޓުނީ ނޫން ކަމަށެވެ. ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ނިއުޒީލެންޑްގައި ވަނީ ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. ނަމަވެސް މަދަމާއިން ފެށިގެން ބައެއް ކަންތައްތަކަށް ލުޔެއް ދޭން އެގައުމުން ވަނީ ނިންމައިފައވެެ. އެގަތުުން ބައެއް ވިޔަފާރިތަކާއި ސްކޫލްތަކުގެ ބައެއް ކަންތައްތައް ފެށޭނެއވެެ. އެހެން ނަމަވެސް އަދިވެސް ގިނަ ބަޔަކު ގޭގައި ތިބެން ޖެހޭނެއެވެ. ނިއުޒީލެންޑްއިން ކޮރޯނާ ޖެހިފައިވަނީ 1500އަށް ވުރެ މަދު މީހުންނަށެވެ. އަދި އެ ބަލިީގައި 19 މީހުން ވަނީ މަރުވެފައެވެ. ނިއުޒީލެންޑްގައި ބޮޑުވަޒީރު ޖަސިންޑާ އާޑަން ވިދާޅުވީ ކޮވިޑްއާ ދެކޮޅަށް އެގައުމު ކުރި ހަނގުރާމަ ކާމިޔާބުވެއްޖެ ކަމަށެވެ. އެހެން ނަަމަވެސް އެގޮތުން އޮންނަން އަދިވެސް ވަރަށް ބޮޑަށް ހުށިޔާރުވެތިބެން ޖެހޭކަމަށް އެކަމަނާ ވިދާޅުވިއެވެ. ނިއުޒީލެންޑްގެ އިތުރުން ޗައިނާއިންވެސް މިހާރު ވަނީ ބަލި އެއްކޮށް ކަހަލަ ގޮތަަކަށް ކޮންޓްރޯލް ވެފައެވެ. އަދި ކޮވިޑްއަށް ފަރުވާ ކުރަމުންދިޔަ އެގައުމުގެ ވޫހާންގެ ހޮސްޕިޓަލްތަކުގައި ތިބި އެންމެން މިހާރު ވަނީ ދުކޮށްލައިފައެވެ. ބީބީސީ
ކޮރޯނާ ވައިރަސް: ނިއުޒީލެންޑްގައި ބަލި ފެތުރުން ކޮންޓްރޯލް ވެއްޖެ
ދުނިޔެއަކީ ވަގުތީ ތަނެކެވެ. ކުރުގޮތަކަށް ބުނާނަމަ އިމްތިހާނެކެވެ. ކޮންމެ މީހަކަށްވެސް ހިތާމައާއި އުފާތަކާއި ކުރިމަތިލާންޖެހޭއިރު ﷲ ގެ ރަޙްމަތުން މާޔޫސް ނުވުމަކީ ވަރަށް މުހިންމުކަމެކެވެ. ހެޔޮ ކަންކަމުގައާއި އަދި ނުބައި ކަންކަން މެދުވެރި ކުރެއްވުމުގައި މާތްﷲ އަހަރެމެން އިމްތިޙާން ކުރައްވާނެކަން ކީރިތިގުރުއާނުގައި ވަނީ ވަހީކުރައްވާފައެވެ. "އެކިއެކި ވަބާތައް ކުރިމަތިވުން، ފިތުނަތައް ކުރިމަތިވުން، އަޅުގަނޑުމެންގެ ލޯބިވާ ގާތް މީހުން މަރުވެގެން ދިޔުން، އިޤްތިސާދީ ހީނަރުކަން ކުރިމަތިވުން، މުދާ މަދުވެދިޔުން، މިކަންކަމަކީ މިއީ މުޅިންވެސް ކީރިތި ޤުރުއާނުގައި ބަޔާންވެގެންވާ ގޮތުގައި އިމްތިހާނުތަކެވެ." ޑރ.ޝަހީމް ވިދާޅުވި އެވެ. އެއާއެކު މާތްﷲ ކީރިތި ޤުރުއާނުގައި ކެތްތެރިންނަށް އުފާވެރިކަމުގެ ހަބަރެއް ދެއްވާފައިވެއެވެ. މިގޮތުން މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. އަދި "އެމީހުންނަށް މުޞީބާތެއް މެދުވެރިވެއްޖެ ހިނދެއްގައި އެމީހުން ބުނާނެތޭ އަހަރެމެންގެ ހުރިހާ ކަމެއް ވަނީ ﷲ އަށެވެ. އަހަރުމެން އެނބުރި ދިޔުންވެސް ވަނީ ﷲ އަށެވެ. " ޙަޤީޤީ މުއުމިނުންނަކީ އެއީ އެވެ. މީގެ އިތުރުންވެސް ކެތްތެރިންނަށް މާތްﷲ ޘަވާބާއި ދަރުމަ ދެއްވަނީ ހިސާބު ބެއްލެވުމެއް ނެތިކަމަށްވެސް ގުރުއާނުގައިވެއެވެ. ކޮވިޑް19 ފެތުރިގެންދާ މިދުވަސްވަރު އަޅުގަނޑުމެން އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވާންޖެހެއެވެ. ކެތްތެރިވާންޖެހެއެވެ. " ﷲ ގެ ހަޟްރަތުން ދަރުމައާއި ޘަވާބަށް އެދެންވީ. ﷲ އަށް ޔަޤީންކަމާއި އެކު ދުޢާ ކުރަންވީ. މާޔޫސް ނުވާންވީ. ކޮންމެ މުސީބާތަކީ އޭގެ ވަގުތުގައި ފިލައިގެންދާނެ ކަމެއް. އެއްވެސް ބަލިމަޑުކަމެއް މިދުނިޔޭގައި ދާއިމާށް ދެމިގެންނެއް ނުދާނެ. އެކަންކަން އެއީ ނިމިގެންދާނެ ކަންކަން ވަކި މުއްދަތެއްގައި."ޑރ ޝަހީމް ވިދާޅުވިއެވެ. މާތް ﷲ ވަހީކުރައްވާފައެވެ. " ކޮންމެ އެއްޗެއް އުފައްދާފައި ވަނީ ވަކި މިންވަރަކަށް. ވަކި މުއްދަތަކަށް " އެހެންވީމަ އެ މުއްދަތު ޖެހުނީމަ ނިމިގެންދާނެއެވެ. އެއާއެކު ޔަޤީންކަމާއި އެކު މާތްﷲ އަށްދުޢާ ކުރަންޖެހޭނެކަން ފާހަގަކޮށް، ވަޞީލަތްތަކުގައާއި، އިރުޝާދުތައް ޤަބޫލުކޮށް ﷲ އަށް ހެޔޮދުޢާކޮށް ވަބާތަކުގައާއި މުޞީބާތްތަކުގައި ކެތްތެރިކަން އިސްކުރުމަށް ޑރ.ޝަހީމް ނަސޭހަތްތެރިވިއެވެ. "އެހެންވީމަ މާޔޫސްވުމެއް ނެތް. ސައްޔިދްނާ އައްޔޫބު އަލައިހިއްސަލާމް 18 އަހަރަށް ފަހުގައި ﷲ އަށް ދުޢާ ދެންނެވީ އެކަލޭގެފާނަށް ލިބިފައިވާ ގެއްލުމުން ސަލާމަތްކޮށްދެއްވުމަށް. ﷲ އަށް ޔަޤީން ކަމާއި އެކު ދުޢާ ދެންނެވީމާ ﷲ އެކަލޭގެފާނު ސަލާމަތް ކުރެއްވީ. ޔޫނުސް އަލައިހިއްސަލާމް ބޮޑުމަހުގެ ބަނޑުން ނެރުއްވާ އަލުން ރަސޫލު ކަމައިގެން ފޮނުއްވި. ޔައުޤޫބު އަލައިހިއްސަލާމްއަށް މާތްﷲ ޔޫސުފް ގެނެސްދެއްވި. ޒަކަރިއްޔާ އަލައިހިއްސަލާމަށް މާތްﷲ ދަރިކަލެއް ދެއްވި އެންމެ މުސްކުޅިފުޅު ވެފައި ވަނިކޮށް. އެހެންވީމަ ﷲ ހަޟްރަތުގައި މާޔޫސްވުމެއް ނެތް. " ރަސޫލުންނާއި ނަބިއްޔުންގެ ހަޔާތްޕުޅަށް އިޝާރާތްކުރައްވާ ޑރ.ޝަހީމް ވިދާޅުވިއެވެ. އެހެންކަމުން ހިތަށް މޮޅިވެރިކަން އިހުސާސްކުރެވިފައި މިވާ މި ނުރައްކާތެރިވަގުތުގައި މުސްލިމުންގެ ހައިސިއްޔަތުން ލިބިފައިވާ އެންމެ ވަރުގަދަ ހަތިޔާރުކަމުގައިވާ 'ދުއާ' ގެ ބޭނުންހިފައި ﷲގެ ރަހުމަތުން މާޔޫސްނުވެ، ކެތްތެރިކަން އިސްކުރައްވާށެވެ.
މާޔޫސްނުވޭ، ﷲގެ ރަހުމަތް ވަރަށް ތަނަވަސް!
މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތައް އެއްބާރުލުން ދިނުމުގެ ގޮތުން ކެނެޑާގެ ސަރުކާރުން އެއް މިލިއަން ރުފިޔާގެ އެހީއެއް ދީފިއެވެ. މިއަދު މެންދުރު ކުރިއަށް ގެންދިޔަ ވާޗުއަލް ރަސްމިއްޔާތެއްގައި ދެގައުމުގެ ދެމުގައި ވަނީ އެހީގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. އެގޮތުން ކެނެޑާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެގައުމުން ރާއްޖެއަށް ހަމަޖައްސަވާފައިވާ ހައި ކޮމިޝަނާ ޑޭވިޑް މެކީނަން އެވެ. އަދި ރާއްޖޭގެ ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ހާލުގައި ޖެހިފައި ނުވަތަ ކޮވިޑް-19 އާ ގުޅިގެން މަގުމަތިވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޖެންޑާ މިނިސްޓްރީއާ ހަވާލުކޮށްގެން ވަގުތީ ހިޔާ ގާއިމުކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. އެ މަސައްކަތުގެ ދަށުން ހާލުގައި ޖެހިފައިވާ 400 ވަރަކަށް ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ. މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު ޝާހިދު ވަނީ ކެނެޑާއިން ރާއްޖެއަށް މި ހާލަތުގައި ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. ކެނެޑާއިންވެސް ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރަމުންދާ މިދަނޑިވަޅުގައި ރާއްޖެއަށް މިދިން އެހީތެރިކަމަކީ ބޭނުމެއް ޖެހިފައިވާ ފަރާތްތަކަށް ކެނެޑާއިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް އޮންނަ ކަމުގެ މިސާލެއްކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ. އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައި ކޮމިޝަނާ މެކީނަން ވަނީ ދިވެހި ސަރުކާރުން ތަފާތުކުރުމެއް ނެތި ހާލުގައި ޖެހޭ ހުރިހާ ފަރާތްތަކަށް އެހީތެރިވުމަށް ކުރަމުންދާ މަސައްކަތަށް ތައުރީފްކުރައްވާފައެވެ.
ކެނެޑާއިން ރާއްޖެއަށް އެއް މިލިއަން ރުފިޔާގެ އެހީއެއް ދީފި
ނިޔުޔޯކް (23 މޭ 2020) : ހަނގުރާމައިގެ ސަބަބުން ޔަމަންގެ ސިއްހަތާބެހޭ ނިޒާމު އެއްކޮށް ރޫޅިގެން ގޮސްފައިވާ ކަމަށާ ކޮރޯނާވައިރަސް "ކޮވިޑް-19" އާ ދެކޮޅަށް މަސައްކަތް ކުރުމުގެ އެއްވެސް ގާބިލްކަމެއް ޔަމަންގައި ނެތްކަމަށް އދ. އިން ބުނެފިއެވެ. އދ. ގެ "އޮފީސް ފޯ ކޯޑިނޭޝަން އޮފް ހިޔުމަނިޓޭރިއަން އެފެއާޒް" ތަރުޖަމާނު ޔެންސް ލައިކާ ވިދާޅުވީ ޔަމަންގައި ކޮވިޑް-19 ވަރަށް ބާރަށް ފެތުރި ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައިވާކަން ރަސްމީ ސިފައެއްގައި ކަށަވަރު ނުވިނަމަވެސް ޔަމަނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ޖަމްއިއްޔާ ޖަމާއަތްތަކުން މަސައްކަތްކުރަނީ ޔަމަން އެހާލަތަށް ގޮސްފައިވާކަމަށް ބަލައިގެން ކަމުގައެވެ. ޔަމަންގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީ ގެ ސަރުކާރު އަލުން އަނބުރައި އެގައުމުގެ ވެރިކަމަށް އިޢާދަ ކުރުމުގެ ނަމުގައި ސައޫދީ އާއި ޔޫއޭއީ ކުރަމުން ގެންދާ ހަނގުރާމައިގާ އެދެގައުމުން ޔަމަނަށް ދިން ވައިގެ ޙަމަލާތަކުގައި ޔަމަންގެ ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި އެނޫންވެސް މަދަނީ އިންފްރާސްޓްރަކްޗާ ވަނީ ގާތްގަނޑަކަށް އެއްކޮށް ހަލާކުކޮށްލާފައެވެ. މިއާއެކުވެސް ޔަމަންގެ ވެރިކަމަށް އަތްގަދަކޮށްގެންތިބި ހޫޘީ ޖަމާއަތް ބަލިކޮށް ހާދީގެ ސަރުކާރު ވެރިކަމަށް އަލުން އަނބުރައި އިޢާދަ ކުރުމުގައި އެދެގައުމުވަނީ ނާކާމިޔާބުވެފައެވެ. އަދި ވެރިކަން އިޢާދަކޮށްދިނުމުގެ ނަމުގައި ސައޫދީ އާއި ޔޫއޭއީ ޔަމަންގައި ހިންގަނީ ޔަމަނަށް އަތްގަދަކޮށް ޔަމަންގައި އެދެގައުމުގެ ބާރާއި ނުފޫޒު ހިންގުމުގެ މަސައްކަތްތަކެއް ކަމަށް ހާދީގެ ސަރުކާރަށް ނިސްބަތްވާ ބައެއް މަސްއޫލުވެރިންވަނީ ތުހުމަތު ކުރައްވާފައެވެ. ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ޔަމަންގެ ތުއްތު ކުދިން 2015 ގައި ފެށި ޔަމަންގެ ހަނގުރާމަ މިހިސާބަށްގޮސްފައިވާއިރު ހާދީގެ ސަރުކާރާ އިދިކޮޅަށް ހަރަކާތްތެރިވާ ޔަމަންގެ ބައެއްޖަމާއަތްތަކަށް ޔޫއޭއީ އަސްކަރީ ގޮތުން އެހީތެރިވެ އެ ޖަމާއަތްތަކުން ޔަމަންގެ ދެކުނުގައި ވަކި ދައުލަތެއް އުފައްދަން މަސައްކަތްކުރާތީ ހާދީގެ ސަރުކާރާއި ޔޫއޭއީ ވަނީ ވަރަށް ބޮޑަށް ޖެހިފައެވެ. ޔޫއޭއީ އާއި ހާދީގެ ސަރުކާރާ ދެމެދުގައި އުފެދިފައިވާ މިމައްސަލަ ހައްލުކުރަން ސައޫދީ މަސައްކަތް ތަކެއް ކުރިނަމަވެސް އެކަން ކާމިޔާބު ވެފައެއް ނުވެއެވެ. ޔަމަންގެ ސިއްހަތާބެހޭ ނިޒާމު އެއްކޮށް ރޫޅިގެން ގޮސްފައިވާކަމަށް އދ. ބުނާއިރު ޔަމަންގައި ދަނީ ކޮލެރާއާއި އެކި ބާވަތްތަކުގެ ހުމާއި އެނޫން ރޯގާތައްވެސް ފެތުރެމުން ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ "ޑަބްލިޔޫއެޗްއޯ" ބުނެއެވެ. ޔަމަން މިހާލަތުގައި އޮތުމުން އެގައުމުގެ 23 މިލިޔަން އާބާދީގެ ތެރެއިން ގާތްގަނޑަކަށް 16 މިލިޔަން މީހުން ކޮވިޑް-19 ގެ ޝިކާރައަކަށް ވެގެންދާނެކަމަށާ އަދި ޔަމަންގެ ސިއްޙީ ނިޒާމު ރޫޅިފައިވާތީ ކޮވިޑް-19 ޖެހިގެން މަރުވާމީހުންގެ ނިސްބަތްވެސް އެގައުމުގައި މަތިވާނެކަމަށް ޑަބްލިޔޫއެޗްއޯ އަންދާޒާ ކުރެއެވެ. ކޮވިޑް-19 ޖެހިގެން މިދިޔަ ދެ ހަފްތާގައިވެސް ޔަމަންއިން 68 މީހުން މަރުވިކަމަށް އެގައުމުގައި މަސައްކަތްކުރާ ޖަމްއިއްޔާ އެއްކަމަށްވާ "ޑޮކްޓާސް ވިތައުޓް ބޯޑާސް" ބުނެފައިވެއެވެ. ސިއްހީ އެހީއާއި އެނޫންވެސް އިންސާނީ އެހީ މިއަހަރުގެ ނިޔަލަށް ޔަމަނަށް ފޯރުކޮށްދިނުމަށްޓަކައި މަދުވެގެން 2 ބިލިޔަން ޑޮލަރު ބޭނުންވާތީ އެފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާކަން އދ. ން ވަނީ ހާމަކޮށްފައެވެ. (އަލްޖަޒީރާ)
ހަނގުރާމައިގެ ސަބަބުން ޔަމަންގެ ސިއްހަތާބެހޭ ނިޒާމު ވަނީ އެއްކޮށް ރޫޅިފައި : އދ.
ޒައިދުގެ ވާހަކަތައް ތެދުކަން ވިސްނި ލިއަމަށް އިސްޖަހައިލެވުނެވެ. އިސްއުފުލައިލާ ބަލައިލުމާއެކު، ސާރާ ކޮންމެވެސް އެއްޗެއް ބުނަން މަސައްކަތް ކުރިހެން ލިއަމަށް ހީވިއެވެ. އެހެން ނަމަވެސް އިތުރު އެއްޗެއް ނުބުންޏެވެ. ސާރާއަށް ލިއަމާއި ޒައިދާ، ދެމެދު އޮތް ގުޅުން ނޭނގޭނެތީ، ލިއަމް ޒައިދަށް ނިސްބަތްކޮށްފައި ވަނީ 'އެ ޒުވާނާ' މިގޮތަށެވެ. ސާރާގެ ހިތުގައި, އެކަންތައް ލިއަމަށް އެނގުނު ގޮތަކާ ބެހޭގޮތުން ސުވާލު އުފެދުނެވެ. އަނެއްކާ ޒައިދު ބުނީ ހެއްޔެވެ؟ ނޫނެކެވެ. އެ ވާނީ ކޮންމެ ވެސް އެހެން ގޮތަކުން އެނގުނީ ކަމަށެވެ. އެކަމަކު ކިހިނެއް ހެއްޔެވެ؟. ޒައިދާ ލިއަމާ ދެމީހުންނަކީ އެއްވެސް ގުޅުމެއް އޮތް ދެމީހުންނެއް ނޫނެވެ. ތަފާތު ގޮތްގޮތަށް ވިސްނައިގެން ވެސް ލިއަމަށް އެކަން އެނގުނު ގޮތެއް ސާރާއަކަށް ފަހުމެއް ނުވިއެވެ. އެ ހިތުގެ ޙާލު ސާރާގެ ކުރިމަތީގައި ބަންޑުން ކޮށްލަން ބޭނުންވި ނަމަވެސް, ލިއަމް ފަސްޖެހުނެވެ. ސާރާގެ ހިތުގައި އޭނާއާއި މެދު އޮތް އެއްޗެއް ނޭނގެނީސް އިތުރު އެއްޗެއް, އެ ވަގުތު, ބުނާކަށް ލިއަމް ބޭނުމެއް ނޫނެވެ. އޭނާއަށް ސާރާގެ މޫނުމަތިން ފެނުނީ މާޔޫސްކަމެވެ. އޭނާއަށްޓަކައި ކޮންމެ ވެސް ކަހަލަ އިޙްސާސްތަކެއް ވާހެން ހީވިއެވެ. ޚުދު ސާރާގެ ހިތް ވެސް ގޮވަމުން ދިޔައީ އޭނާގެ ހިތުގެ ޙާލު ލިއަމްގެ ކުރިމަތީގައި ބަންޑުން ކޮއްލުމަށެވެ. އެހެން ނަމަވެސް، ނޭނގޭ ސަބަބަކާ ހުރެ ފަސްޖެހެވެނީއެވެ. ލިއަމްއަކީ މުސްލިމަކަށް ނުވާތީ އެކަމާ ސާރާއަށް ވިސްނެނީއެވެ. އެކަކު އަނެކަކުގެ ދެެލޮލަށް ގެއްލިފައި އެތައް އިރަކު ދެމީހުންނަށް ތިބެވުނެވެ. ވެރިވެފައިވަނީ ހަމަ ހިމޭކަމެކެވެ. ސާރާގެ ދެލޮލުން އެތައް ވާހަކައެއް ބުނެދޭން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، ލިއަމަށް އެ ބުނަން އުޅޭ އެއްވެސް އެއްޗެއް ފަހުމެއް ނުވިއެވެ. އެންމެ ފުރަތަމަ އެތެރެއަށް ވަންނަން ހިނގައިގަތީ ލިއަމެވެ. އެތަން ފެނި ސާރާ އަތް ހިއްލާލީ މަޑުކުރުމަށް އެދުމަށެވެ. އެ އަތް ތިރިކޮށްލަން މަޖުބޫރުވީ ލިއަމް ފަހަތް ބަލާ ނުލީތީ އެވެ. އޭނާ އެހެން ހުއްޓާ ލިއަމް މަޑު ފިޔަވަޅުތަކެއްގައި ގޮސް ގެއްލިއްޖެއެވެ. ސާރާގެ ދެލޮލުން ކަރުނަ ނީރާލިއެވެ. މަންމަމެންގެ އެދުމުގައި ކޮޅުފައިން ޖަހަން ފަސްޖެހެވެނީއެވެ. ސާރާ އެތެރެއަށް ވަނީ އެފަދަ ވިސްނުން ތަކެއްގައި އެތައް އިރަކު ހުރުމަށްފަހުއެވެ. ނިދަން އޮތް އިރުވެސް ލިއަމަށް ވިސްނެނީ ސާރާގެ މޫނުމަތިން އޭނާއަށް ފެނުނު ކުލަވަރުތަކާ މެދުގައެވެ. ސާރާ އެކައިވެންޏާ މެދު އުފާ ނުވަނީހެއްޔެވެ؟ ސާރާގެ ލޮލުން އޭނާއަށްޓަކައި ފުން އިޙްސާސްތަކެއް ވާކަމުގައި، އޭނާގެ ހިތް ބުނެދެމުން ދިޔަ ނަމަވެސް، ލިއަމް ފަސްޖެހެނީ އެއީ ކުށް ހީއަކަށް ވެދާނެތީއެވެ. އޭނާ ވަރަށް ބޮޑަށް ސާރާ ބޭނުމެވެ. ދުނިޔޭގައި ވީހާ އުފާ އެ އަންހެން ކުއްޖާއަށް ދޭން ބޭނުމެވެ. މިއީ ދުވަހަކުވެސް އޭނާއަށް ވީ ގޮތެއް ނޫނެވެ. ލިއަމަށް ނިތުގައި އަތް ޖައްސައިލެވުނެވެ. ތިރިކޮށްލި އަތުން ތުނބުޅީގައި އަތް ހާކާލިއެވެ. ފުން ނޭވާއެއް ދޫކޮށްލިއެވެ. އެނދުން ތެދުވިއެވެ. ލިއަމް ބޭނުންވީ އޭނާއަށްޓަކައި ސާރާގެ ހިތުގައި އެއްވެސް ، އެއްޗެއް އޮތްތޯ ޔަޤީން ކުރާށެވެ. އާއެކެވެ. މާލަސް ވެސް ވެއްޖެއެވެ. ކުއްލިއަކަށް ތެދުވި، ލިއަމް ދުއްވައިގަތީ ޓެރެސްއާ ދިމާލަށެވެ. ކަރު އެލުވާލަން ޖެހުނީ މާޔޫސްވީ ވަރުންނެވެ. ސާރާ ފެންނާކަށް ނެތެވެ. އެނބުރި އެތެރެއަށް ވަދެފައި ލިއަމް އިށީނީ ލިޔާ މޭޒުކައިރީގައެވެ. މިހާތަކަށް ސާރާ އާ ދެމެދު ބަދަލު ކުރެވިފައި ހުރި ހުރިހާ ގަނޑުކޮޅުތައް ނަގާ އެ ހުރިހާ އެއްޗަކަށް ނަޒަރު ހުއްޓާލައިގެން ލިއަމް އިނެވެ. އޭނާ ވިސްނަނީއެވެ. އެކި ގޮތްގޮތަށެވެ. ވިސްނުން ތަކުން ލިއަމްގެ ސިކުނޑި ފުނި ޖެހެމުން ދިޔައެވެ. އެރޭ ލިއަމްއަކަށް ނުވެސް ނިދުނެވެ. އޭނާއަށް އިންތިޒާރު ކުރެވެނީ އަވަހަށް އިރު އަރާނެ އިރަކަށެވެ. ބޭނުންވަނީ ސާރާ ދެކެލާށެވެ. އެ ހިތުގައި އޮތް ސުވާލުތައް ސާރާ އާ ކުރާށެވެ. އެހެން ހުރިހާ ކަމަކަށް ވުރެ ސާރާގެ އުފާވެރިކަން އޭނާއަށް މުހިންމެވެ. ކުޑަކޮށް ނިދިޖެހިފައި އިން ލިއަމަށް ސިއްސައިގެން ގޮސް ތެދުވެވުނެވެ. އަވަސް އަވަހަށް ބަލައިލެވުނީ ގަޑިއަށެވެ އަދި ގަޑިން ހަތެއް ޖަހަނީއެވެ. އިދެވުނީ ލިޔާ މޭޒުކައިރީގައި ކަން ރޭކާލީ ވެސް ދެނެވެ. އަވަސް އަވަހަށް ފާހާނާއަށް ވަދެ، ފެންވަރާ ތާޒާވެލައިގެން ނުކުތް ނަމަވެސް، ދެލޮލުގައި ކުޑަ ދުޅަކަމެއްގެ އަސަރު ހުރި ހެން ހީވެއެވެ. ރޭގައި ނުނިދުނީމަ ކަމަށް ވެސް ވެދާނެއެވެ. އަށެއް ޖެހުމާ ހަމަޔަށް އެ ހޭދަވި ކުޑަ ވަގުތުކޮޅު ވެސް ލިއަމަށް ސިފަކުރެވުނީ ގަރުނެއް ހެންނެވެ. އޭނާ އިނީ އެހާވެސް ހިތް އަވަސްވެފައެވެ. އަށެއް ޖެހުމުގެ ފަނަރަ މިނިޓް ކުރިއަށް ލިއަމް ނުކުތެވެ. އޭނާ ފާރުގައި ލެނގިލައިގެން ހުރީ ސާރާ ނުކުންނާނެ އިރެއްގެ އިންތިޒާރުގައެވެ. ސާރާ ނުކުތުމާއެކު ލިއަމް ހަށިގަނޑު ސީދާ ކޮށްލަމުން ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ. ސާރާ ބަލައިލިއެވެ. ލިއަމް ގާތުން އެކަންތައް އެނގުނު ގޮތަކާ ބެހޭގޮތުން ސުވާލުކުރަން ބޭނުން ވިޔަސް، އޭނާގެ ދުލުގައި ވަނީ ތަޅެއް ލެވިފައެވެ. ހަދާނެ ގޮތެއް ނޭނގުނެވެ. ތުންފަތުގައި ދަތް އަޅައިލުމާއެކު، އޭނާ ލިއަމްއާ ކުރިމަތިލިއެވެ. "ސާރާ! އެ ފިރިހެން ކުއްޖާ އާ އިންނަން ތި އުޅެނީ ސާރާ ބޭނުންވެގެންތަ؟" ލިއަމް އަހައިލިއެވެ. "އަހަރެން އަދި އާނއެކޭ ނުބުނަން" އަވަސް އަވަހަށް ސާރާއަށް ބުނެވުނެވެ. ލިއަމްގެ ޝައްކު ދުރުކޮށްދޭން އޭނާގެ ހިތް އެދުނީ ކިއްވެގެން ކަމެއް ހުދު އޭނާއަކަށް ވެސް ނޭނގުނެވެ. އެއާއެކު އެހާ ފަސޭހައިން އެ ބަސްތައް އޭނާގެ ދުލު ކުރިއަށް އައީ ކިހިނެއްކަމެއް ވެސް ނޭނގުނެވެ. "ކީއްވެތަ އަހަންނަށް ސާރާއާ ކައިވެނި ނުކުރެވެންވީ؟ ކީއްވެތަ އެކަމަށް ތި ދީނުގަ ހުއްދަ ނެތީ؟ މިނިވަންކަމެއް ނެތީ ކީއްވެ؟ އަހަރެން ސާރާއަށް ދީން ދޫކޮށްލަން މަޖުބޫރެއް ނުކުރާނަން" ލިއަމަށް އެއްފަހަރާ އެތައް ސުވާލެއް ކޮށްލެވުނެވެ. އިސްލާމް ދީނާ މެދު އޭނާގެ ހިތުގައި ކޮންމެވެސް ވަރެއްގެ ކިލަނބުކަމެއް އުފެދުނެވެ. "ކައިވެނި ކުރުމަށްފަހު އަންހެން ކުއްޖާގެ ބެލެނިވެރިކަން ހަވާލު ވަނީ ފިރިހެން ކުއްޖާ އާކަމަށްވެފައި، އެ ބެލެނިވެރިކަން މުސްލިމު ނޫން މީހެއްގެ އަތް މައްޗަށް ނުދޭންވެގެން... އެހާ ވެސް ބޮޑަށް ރައްކާތެރިކަން އަންހެނުންނަށް ދީފައިވޭ" ސާރާ ބުނެލިއެވެ. އޭނާ ލިއަމަށް ބަލައިލީ ފުން ނަޒަރަކުންނެވެ. ދެން ދިޔައީ ހިމޭން ވަގުތުކޮޅެކެވެ. "އަހަރެން އިސްލާމް ވެއްޖެއްޔާ ސާރާއަށް އަހަންނާ ކައިވެނި ކުރެވޭނެތަ؟ އަހަންނާ ކައިވެނި ކުރާނަންތަ؟ " ލިއަމަށް އަހައިލެވުނެވެ. އެ ސުވާލުގެ ޖަވާބު ދޭން ސާރާއަށް އުނދަގޫވިއެވެ. އާއެކޭ ބުނަން ހިތް ގޮވަމުން ދިޔައެވެ. ހިތް އޭގެ މުހުތާދުތައް ހާސިލުކުރުމަށް ޖަދަލުކުރަނީއެވެ. އެހެން ނަމަވެސް އެ ހިތުގެ ބާރު އަމިއްލަ ނަފުސުގެ އަތް ދަށަށް ގެންނަމުން، ސާރާ ހަމަޖެހެން މަސައްކަތް ކުރިއެވެ. ގަޑި ޖެހޭކަމުގެ ބަހަނާ ދެއްކުމަށްފަހު ސާރާ ހިނގައިގަތެވެ. ސާރާގެ ފަހަތުން އެ ސުވާލުގެ ޖަވާބު ހޯދުމަށް ދާން، ހިތް އެދުނު ނަމަވެސް، ލިއަމް ފަސްޖެހުނެވެ. އޭނާ ފަހަރެއްގައި ވެސް ސާރާއަށް އުނދަގޫ ކުރާކަށް ބޭނުމެއް ނޫނެވެ. "އަހަރެންގެ ހިތް އަމިއްލަ ބާރުގެ ދަށަށް ގެންނާނީ ކިހިނެއްތަ؟" ލިއަމަށް އަމިއްލަ ނަފުސާ ކޮށްލެވުނު ސުވާލު ބޭރުކޮށްލެވުނީ ވައިއަޑުންނެވެ. ***** ހަފްތާއެއް ފަސް ސާރާގެ ޖަވާބެއް އައުން ލަސްވެގެން ފަޒީލާ ދެފަހަރު ގުޅައިފިއެވެ. އެކަމާ ސަލްމާ ހުރީ ކަންތައް ބޮޑުވެފައެވެ. އެހާ ރަނގަޅު ހުށައެޅުމެއް އަތުން ބީވެގެން ދާކަށް އޭނާ ބޭނުމެއް ނޫނެވެ. ކޮންމެ ގޮތެއް ހަދާފައި ވެސް ސާރާ ޔުނިވާސިޓީން އައުމުން އެ ވާހަކަ ދައްކަން ސަލްމާ ނިންމިއެވެ. ފެންވަރާ ހަދާލައިގެން ސާރާ ފުރަތަމަ ވެސް ދިޔައީ ބަދިގެއަށެވެ. ތައްޓަށް ކާ އެއްޗެހި އަޅައިގެން މޭޒު ދޮށުގައި އިށީނީ ބަނޑުހައިވެފައި ހުރިލެއް ބޮޑުކަމުންނެވެ. "ސާރާ. ފަޒީލާ މިއަދު ވެސް ގުޅައިފި. މަންމަ ކޮން ޖަވާބެއްތަ ދޭންވީ؟" ސަލްމާ އަހައިލިއެވެ. އެއަޑުގައި ނުރުހުންތެރިކަން ވިއެވެ. ސާރާ ދެރަވިއެވެ. އޭނާ ނޫނެކޭ ބުނަން ބޭނުންވިއެވެ. އެހެން ނަމަވެސް ފަސް ޖެހެވެނީއެވެ. "މަންމާ... އަޅުގަނޑުގެ ކޯސް..." ސާރާ ވިސްނާލަމުން ބުނެލިއެވެ. "ކިހިނެއްވީ؟ މި ދިޔަ ހަފްތާގައި މިގެއަށް އައިސް ޒައިދު ބުންޏެއްނު ސާރާ ކޯސް ނިމެންދެން ޒައިދު މިކޮޅުގަ މަޑުކޮށްފާނަމޭ. ނިމުނީމަ ދެ މީހުން އެކުގައި ޒައިދުގެ ކޯސް ނިމެންދެން އިނގިރޭސިވިލާތަށް ދާނިއްޔޭ! ދެން ކީއްވެ؟" ސަލްމާ އަހައިލިއެވެ. "އަޅުގަނޑު ކޯސް ނިމުނީމަ ޖަވާބެއް ދިނަސް އެންމެ ރަނގަޅުތަ؟" ސާރާ ނުކެރި އިނދެފައި ވެސް އަހައިލިއެވެ. "އެކަމަކުވާ ސާރާ! ދެން... ތިހެން އުޅެން ހަދައިގެން އިންނާނެ ކުއްޖަކު ވެސް ނުވާނެ" ސަލްމާ ދެފަރާތަށް ބޯ ހޫރާލިއެވެ. "ސާރާގެ ކޯސް ނިމެން ދެން މާ ގިނަ ދުވަހެއް ވެސް ނެތެއްނު. މަންމަ ބުނެފާނަމޭ ސާރާ ބޭނުންވަނީ ކޯސް ނިމެންދެން މަޑުކުރާށޭ! ޒައިދު އެއްބަސް ވާނެ. ޔަޤީން މަންމައަށް" ސަލްމާ ވާހަކަ ދެއްކިއެވެ. ސާރާ ހަމައެކަނި ބޯ ޖަހައިލީއެވެ. ***** އުޑުމަތި ކޮންމެވެސް ވަރަކަށް ބަނަ ދުވަހެކެވެ. ލިއަމް އާދައިގެ މަތިން ސާރާ އާ ބައްދަލުކޮށްފައި، ގޭތެރެއަށް ވަދެފައި ކޮފީއެއް ހަދާލައިގެން ނުކުތީ ޓެރެސް އަށެވެ. ފޯނެއް އައީ އެވަގުތެވެ. އޭނާ ފޯނު ނަގައި ބަލައިލިއެވެ. މުހިންމު ފަރާތަކަށް ވީތީ ކޮފީތަށި މޭޒުމަތީގައި ބެހެއްޓުމަށްފަހު، ލިއަމް ރެއިލިން ކައިރިއަށް ޖެހި ލިއެވެ. ފޯނު ނެގުމާއެކު އިވުނު ވާހަކައިން ލިއަމްގެ ނިތަށް ރޫ ގިނަވިއެވެ. ރެއިލިންގައި އަތުން ޖަހާލެވުނެވެ. "އޭނަ އެކަން ކުރިއްޔާ ދީގެން ނުވާނެ. އަހަރެން ކޮންމެހެން ހަދާފަވެސް މާދަން ދާނަން" ލިއަމް އަވަސް އަވަހަށް ބުނެލިއެވެ. ފޯނު ބޭއްވިއިރު އޭނާގެ މޫނުމަތިން ފެންނަނީ ނުތަނަވަސް ކަމެވެ. ނިތުގައި އަތް ހިންގާލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. ދަތް ކުނޑި ވިކާލެވުނެވެ. ފޯނަށް އަތުން ބާރުކޮށްލެވުނެވެ. އަމިއްލަ އިޙްސާސްތައް ކޮންޓްރޯލް ކޮށްލަމުން ލިއަމް ހަމަޖެހެން މަސައްކަތް ކުރިއެވެ. ގޮނޑީގައި އިށީނުމަށްފަހު އިތުރު މީހަކަށް ގުޅައިލިއެވެ. "ކާކު އޭނަ އަތަށް ދިނީ؟ އަހަރެން ދިޔުމުގެ ކުރިން އެއީ ކާކުކަން ހޯދާފަ ބަހައްޓާތި" ލިއަމްގެ އަޑު ބާރުވިއެވެ. ފޯނު ކަނޑާލުމަށްފަހު ފޯނު މޭޒުމަތީގައި ބާއްވަމުން، ކޮފީތަށިން ކޯވަރެއް ދަމައިލިއެވެ. މާދަމާ ފުރަންޏާ މިއަދު ނޫނީ މިރޭ ސާރާއާ ބައްދަލުކުރަން އޭނަ ބޭނުމެވެ. އެންމެ ފުރަތަމަ ކަމަކަށް އޭނާ ގުޅީ ޓިކެޓެއް ހޯދުމަށެވެ. މާދަމާއަށް ޓިކެޓެއް ނުލިބުނެވެ. ލިބުނީ އޭގެ އަނެއް ދުވަހަށެވެ. އެކަން ކޮށް ނިންމާލުމަށްފަހު ލިއަމް ތިރިއަށް ދިޔައީ ކޮފީ ހުސްކުރި ޖޯޑު ހިފައިގެންނެވެ. މި ހަފްތާގައި ގެ ސާފު ކުރަން އައިސް އުޅޭ ދައްތަ ނާންނާތީ ތަޅުދަނޑިއަށް ހަދާނެ ގޮތަކާ މެދު ލިއަމް ވިސްނިއެވެ. ކަންދިމާކުރި ގޮތުން ފާތިމާ އެ ދުވަހު އެގެއަށް އައެވެ. ކުޑަކަމެއްގައި އޭނާ ދާން ޖެހޭ ކަމަށާއި، ދެ ހަފްތާ ފަހުން އަދި އަންނާނެކަމަށް ލިއަމް ބުންޏެވެ. އަދި އައިސް ތަޅުދަނޑި ބޭނުންވާނެކަމަށް ވެސް ބުންޏެވެ. ރޭގަނޑު ލިއަމް ޓެރެސްއަށް ނުކުތް އިރު ސާރާ ވެސް މަޑުކޮށްލައިގެން ހުއްޓެވެ. އޭނާ ފޮތުގައި ނޯޓެއް ލިޔެލާފައި އެގަނޑު ކަނޑާލާފައި، ސާރާއަށް އެއްލިއެވެ. "އަހަރެން ވަރަށް މުހިންމު ކަމަކު ސާރާއާ ބައްދަލު ކޮށްލަން ބޭނުން މިރޭ" ލިއަމް ލިޔެފައި އޮތެވެ. ރޭގަނޑު އެ ގަޑީގައި ބައްދަލުކުރަން ބޭނުންނުވެފައި ހުރި ސާރާ ފުރަތަމަ ދެކޮޅު ހަދަމުން ދެފަރާތަށް ބޯ ހޫރާލިއެވެ. "އަހަރެން ސާރާ ގާތު ވަރަށް މުހިންމު ވާހަކައެއް ބުނަން ބޭނުން. ޕްލީޒް.! މިރޭ އެކަނި" ލިއަމް އެތަކެއް އާދޭހެއް ކުރިއެވެ. "އެންމެ ފަސް މިނިޓަށް" ލިއަމް އަތުގެ ފަސް އިނގިލި ދައްކައިލަމުން ބުނެލިއެވެ. އެންމެ ފަހުން ސާރާ އެއްބަސްވިއެވެ. އޭނާ ތިރިއަށް ދިޔައިރު މަންމަމެން އެކަކުވެސް ފެންނާކަށް ނެތެވެ. ލިބުނު ފުރުސަތުގައި ގޭޓު ހުޅުވާލާފައި ނުކުތެވެ. އޭރު ލިއަމް ވެސް ނުކުންނަނީއެވެ. ގޯޅިގަނޑު ތެރޭގައި ލައިޓެއް ނީންނާތީ އެތަން އޮތީ ވަރަށް އަނދިރިކޮށެވެ. ލިއަމް އައިސް ސާރާގެ އެއްފަރާތުގައި މަޑުކޮށްލިއެވެ. "ސާރާ! އަހަރެން ސާރާ ދެކެ ވަރަށް ލޯބިވޭ. އަހަރެން ދުވަހަކު ވެސް ސާރާއަކަށް ދެރައެއް ނުދޭނަން. ސާރާއަށްޓަކައި އަހަރެން އިސްލާމް ދީން ޤަބޫލުކޮށްފާނަން. ޕްލީޒް... އަހަރެން ސާރާ ބޭނުން" ލިއަމް ގެ އަޑުގައިވަނީ އާދޭހެވެ. އެ އަޑުން ތެދުވެރިކަން ސާރާއަށް ފެނުނެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ލިއަމް މަޑުމަޑުން ސާރާގެ އަތުގައި ބީހިލިއެވެ. އޭނާ ބޭނުންވީ ސާރާގެ އަތުގައި ހިފާލާށެވެ. އެ މަޑު އަތުގެ ބީހިލުން އެންމެ ފަހަރަކު ނަމަވެސް އިޙްސާސްކޮށްލާށެވެ. ސާރާގެ އަތުގައި ހިފައްޓާލުމާއެކު ސާރާ ސިހިފައި އެ އަތް ފޮޅުވާލަމުން ދުރަށް ޖެހިލިއެވެ. "ސޮރީ... ސާރާ އަހަރެން ގަސްތަކު ނޫން" ލިއަމް އަވަސް އަވަހަށް މާފަށް އެދުނެވެ. ކުރެވުނީ ސާރާ ހިންހަމަ ނުޖެހޭ ކަމަކަށްވީތީ އޭނާ އިސްޖަހައިލިއެވެ. ދެރަވީ ވަރުންނެވެ. "އަހަރެން މިއުޅެނީ މާދަން ނޫން އަނެއް ދުވަހު ފުރަން" ލިއަމް ދެން ބުނެލި ޖުމްލައާއެކު ސާރާގެ ހިތް ހީވީ ގެނބުނު ހެންނެވެ. "ކީކޭ؟" ލިބުނު ސިހުމުގައި ސާރާއަށް އަހައިލެވުނެވެ. "އާނ... އަހަރެން ދާންނޭ މިއުޅެނީ... " "އަހަރެން އާނއެކޭ ނުބުނާތީ ދަނީތަ؟ އަހަރެން އާނއެކޭ ބުނެފި ނަމަ މަޑުކުރާނަންތަ؟ އެކަމަކު..." ސާރާ އެ ހިސާބަށް ބުނެފައި ހުއްޓައިލިއެވެ. އޭނާގެ ދުލުން އެ ބަސްތައް ނުކުތީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ. "ނޫނޭ!" ވެގެން އުޅޭ ގޮތް ތަފްސީލުކޮށް ނުދީ ލިއަމް ބުނީ ކުޑަކަމެއް ދިމާވީ ކަމުގައެވެ. ސާރާ ވެސް އިތުރަށް އޮޅުން ފިލުވާކަށް ނޫޅުނެވެ. ލިއަމް އެކީ ދާން އުޅޭހެން ހީވެ އޭނާގެ ހިތަށް ވީ ގޮތް ބުނެދޭން ދަތިވިއެވެ. ލިއަމް ދާތީ އެ ހިތް ބާރަށް ރޮއިގަތެވެ. ދެވަނަ ވިސްނުމަކާ ނުލާ އެހެން ބުނެވުނީ ވެސް އެހެންވެއެވެ. "ސާރާ އަހަންނަށްޓަކައި އިންތިޒާރު ކުރާނަންތަ؟ އެހެންވެއްޖެއްޔާ އަހަރެން އަންނާނީ ސާރާއަށްޓަކައި އިސްލާމްވެގެން" ލިއަމް އިތުރުކޮށްލިއެވެ. ސާރާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ލިއަމް ޒައިދާ ބެހޭގޮތުން ސުވާލުކުރުމުން އެކަން ހިނގައިދިޔަ ގޮތް ސާރާ އޮޅުން ފިލުވައިދިނެވެ. އެވަގުތު ސާރާ ލިއަމްއަށް އެކަން އެނގުނު ގޮތަކާ ބެހޭގޮތުން ސުވާލު ކުރި ނަމަވެސް ލިއަމް އަޅާ ނުލާ ފެށީ އެހެން ވާހަކައެކެވެ. "އެކަމަކު ކޮންމެ ވެސް ދުވަހަކު ބުނަންޖެހޭނެ އެއްނު. ސާރާ ބޭނުންނުވާކަން..." ލިއަމް ބުނެލިއެވެ. ސާރާ އެއްޗެކޭ ނުބުނެއެވެ. ޚުދު އޭނާ ވެސް އެ ހުރީ ބުނެވުނު އެއްޗެއްގެ ސަބަބުން ހަދަންވީ ގޮތެއް ނޭނގިފައެވެ. "ސާރާ ނެތި އަހަންނަކަށް ނޭނގެ މި ދީނާ ބެހޭ ގޮތުން އިތުރަށް އޮޅުން ފިލުވާނީ ކިހިނެއް ކަމެއް؟" ލިއަމް ބުނެލިއެވެ. ސާރާ ރައްދުކޮށްލީ ހިނިތުންވުމެކެވެ. ސާރާ ކޮޓަރިއަށް ވަދެފައި ފުރަތަމަ ވެސް ހުޅުވައިލީ ފޮތް އަޅާ ކަބަޑުތަކުން ކަބަޑެކެވެ. އޭގެތެރޭން މުސްޙަފެއް ނަގާ އޭނާ މޭޒުމަތީގައި ބާއްވައިލިއެވެ. އެއަށްފަހު ދެން ނެގީ ތަރުޖަމާއެކެވެ. ދެތިން ތަފްސީރު ފޮތާއި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަޞައްލަމްގެ ސުންނަތާ ބެހޭ ފޮތެއް ވެސް ނެގިއެވެ. އެ ހުރިހާ ފޮތެއް ވެސް ގެނެސް ބެހެއްޓީ މޭޒުމަތީގައެވެ. ލިއަމަކީ ޣައިރު މުސްލިމަކަށް ވާތީ ލިއަމަށް މުސްޙަފެއް ނުދެވޭނެއެވެ. ލިއަމްއަށް ކިޔަވާކަށް ވެސް ނޭނގޭއެވެ. އެހެންކަމުން މުސްޙަފް އެއްފަރާތެއްގައި ބާއްވާލަމުން އޭނާ ނެގީ އައު، ނުވެސް ކަނޑާއޮތް ތަރުޖަމާއެވެ. ތަރުޖަމާގައި ގިނައިން ހުންނާނީ ތަރުޖަމާ ކުރި ބަސްތައް ކަމަށް ވާތީ ތަރުޖަމާއެއް ދެވިދާނެއެވެ. ތުންފަތަށް ވެރިވި ލުއި ހިނިތުންވުމާއެކު، އޭނާ އިތުރު ދެ ފޮތް ވެސް ނެގިއެވެ. ޖެހިގެން އައި ދުވަހު ހެނދުނު ގަޑީގައި ލިއަމާ ދިމާވިއެވެ. ސާރާއަށް އާދެވޭނީ ރޭގަނޑުކަމަށް އޭނާ ލިއަމް ގާތު ބުނެލިއެވެ. އަދި މިރޭ އޭނާ ލިއަމްއާ ބައްދަލުކޮށްލަން ބޭނުންވާކަމަށް ވެސް ބުނެލިއެވެ. ލިއަމް ހިނިތުންވުމެއް ސާރާއަށް ހަދިޔާ ކޮށްލިއެވެ. ގަޑި ކިޔާފައި ސާރާ ހިނގައިގަތެވެ. ޔުނިވާސިޓީއަށް ގޮސް އެންމެ ގާތް އެކުވެރިޔާ އާ ލިއަމްގެ ވާހަކަ ސާރާ ހިއްސާކުރިއެވެ. ލިއަމް ދީނަށް ޝައުގުވެރިވާ ވާހަކަ އެވެ. އެހެން ނަމަވެސް އޭނާ އާ މެދު ލިއަމް ދެކޭ ގޮތެއް ނުބުނެއެވެ. "މައި... އަހަރެން ބޭނުން އޭނައަށް ޤުރުއާން ތަރުޖަމާއެއް ދޭން މިރޭ ގެއަށް ގޮސް، އެކަމަކު ރޭގަނޑު އޭނައާ އެކަނި ބައްދަލުކުރާކަށް ބޭނުމެއް ނޫން، އެ ގަޑީގައި އަހަރެން ގާތު މައި މަޑުކޮށްލަދޭންވީނު" ސާރާ މައިހާ ކުރެން އެދުނެވެ. މައިހާ ދިމާ ކޮށްކޮށްފައި އެއްބަސް ވިއެވެ. ހަޤީގަތުގައި ރޭގައި ވީ ފަދަ ކަމެއް ވެދާނެތީ ސާރާ ޖެހިލުންވީއެވެ. އެފަދަ އެއްވެސް ފުރުސަތެއް ދޭން އޭނާ ބޭނުންނުވީއެވެ. ޝައިޠާނާގެ ވަސްވާސްތައް ސކުނޑިއަށް ވެރިވާނީ ކޮން އިރަކު ކަމެއް ނޭނގެއެވެ. ގެއަށް ގޮސް ސާރާ ދަބަސް ބަހައްޓާފައި ފޮތްތައް ހިފައިގެން ނުކުތްއިރު މަންމަމެންވީ ކޮޓަރީގައެވެ. ނުކުތްއިރު ލިއަމް ގޭޓު ކައިރީގައި ހުރިއިރު، އެކުވެރި މައިހާ ވެސް ސާރާމެން ގޭ ގޭޓު ކައިރީގައި މަޑުކޮށްލައިގެން ހުއްޓެވެ. އޭނާ އަތުގައި އޮތް ތަފްސީރު ފޮތާއި ސުންނަތާ ބެހޭ ފޮތް މައިހާ އަތަށް ދީފައި ތަރުޖަމާ ހިފައިގެން ގޮސް ލިއަމަށް ދިއްކޮށްލިއެވެ. ލިއަމް އެ ތަރުޖަމާގައި ހިފިއެވެ. "ލިއަމް! މީ ޤުރުއާނުގެ ތަރުޖަމާއެއް. އަހަރެން ނެތަސް، ލިއަމަށް މީގެން ހުރިހާ ސުވާލެއްގެ ޖަވާބުވެސް ލިބޭނެ. ތިހިތުގައި އުފެދޭ ހުރިހާ ސުވާލެއްގެ ޖަވާބު ވެސް ލިބޭނެ އިނގޭ އިންޝާ ﷲ... މީގެ ތިން ހަފްތާ ފަހުން އަހަރެންގެ ގްރެޖުއޭޝަން، އޭގެ ކުރިން ލިއަމް އަންނާނަން ދޯ!" ސާރާ އަހައިލިއެވެ. "ދެ ހަފްތާ..." ލިއަމް ބުނެލީ ހަމަ އެކަނި އެހެންނެވެ. "އަދި އެއް ވާހަކަ! ލިއަމް އިސްލާމް ދީން ޤަބޫލު ކުރާނީ އަހަންނަށްޓަކައެއް ނޫން. ލިއަމް މި ދީން ޤަބޫލު ކުރަންވާނީ ލިއަމްގެ ހިތަށް އީމާންތެރިކަމުގެ ނޫރު ވަނީމަ... އަހަރެމެންގެ ދީނުގައި ދީނަށް ވެއްދުމަށް މަޖުބޫރުކުރުމެއް ނޯވޭ، މި ދެ ހަފްތާ ތެރޭގައި ލިއަމް ދީން ދަސްކުރޭ! އުނގެނެވޭ ވަރަކަށް އުނގެނޭ. ދެ ހަފްތާ ފަހުން ލިއަމް އަންނަންދެން އަހަރެން އިންތިޒާރުކުރާނަން، އެކަމަކު ނައިސްފިއްޔާ އަހަރެން... " "މައިހާ" މައިހާއަށް ގޮވާލަމުން ސާރާ އެދުނީ އޭނާ ގެނައި އަނެއް ދެފޮތް ވެސް ދިނުމަށެވެ. މައިހާ އައިސް ދިނުމާއެކު، ސާރާ އެ ދެ ފޮތް ވެސް ލިއަމާ ހަވާލުކޮށްލިއެވެ. އަދި ހިނިތުންވެލިއެވެ. އޭނާ އެތެރެއަށް ވަންނަން ހިނގައިގަތް އިރު އެ ތުންފަތުގައި ވަނީ ލުއި ހިނިތުންވުމެކެވެ. ވަކި ހިސާބަކުން ފިޔަވަޅުތައް މަޑުކޮށްލަމުން އަނެއްކާވެސް، އޭނާ ލިއަމާ ދިމާލަށް ހިނގައިގަތެވެ. (ނުނިމޭ)
ނޫރު 11
ރާއްޖޭގެ ތައުލީމާ ދާއިރާއަށް 20 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކޮށްދެއްވި، އެތައް ކުދިންނާ ބެލެނިވެރިންގެ ލޯބި ހޯދާފައިވާ، ޕާކިސްތާނު ޓީޗަރު މުހައްމަދު ތޯރިގު ދަރިވަރުންގެ ނަމުން ނަމަ، ތޯރިގު ސާ ކޮވިޑް19 އަށް ޕޮޒިޓިވްވެ، ހާލު ދެރަވެގެން ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫއަށް ބަދަލުކުރި އިރު، އުންމީދުގެ ހުޅުކޮޅު ދިޔައީ ނިވެމުންނެވެ. ގަޔަކު ވަަރެއް ނެތެވެ. ކޮންމެ ނޭވާއެއް ލުމަށް ކުރަން ޖެހުނީ ބޮޑު ހަނގުރާމައެކެވެ. ނޭވާލާން އެހީ ބޭނުންވި އެވެ. ހަނގުރާމައިން ކުރި ހޯދައި، ވަރިހަރުގެ މައްޗަށް ގަދަވެވިދާނެ ކަމުގެ އޮތީ ވަރަށް ފަނޑު އުންމީދެކެވެ. މިދިޔަ އޭޕްރީލް މަހުގެ މެދުތެރޭގައި އެންމެ ފުރަތަމަ އައީ މަޑު ހުމެކެވެ. އެއާއެކު ތޯރިގް ސާ ހާސްވާން ފެށި އެވެ. އަދި އަވަހަށް އޭޑީކޭ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިޔަ އެވެ. ނަމަވެސް މަޑު ހުމެއް ފިޔަވައި ބަލީގެ އިތުރު އަލާމާތެއް އޭރު ނެތެވެ. އޭޑީކޭ އެމަޖެންސީ އަށް ދެ ފަހަރު ދެއްކުމުން ވެސް ޑޮކްޓަރުން ނިންމީ މާބޮޑަށް ހާސްވަނީ ކަމަށެވެ. ނަމަވެސް ހަފްތާއެއް ވީއިރުވެސް ހުން ނުފިލުމުން އިތުރަށް ހާސްވާން ފެށި އެވެ. ކޮވިޑް-19 ޖެހި ހާލު ސީރިއަސްވި މުހައްމަދު ތޯރިގް: ސީއެޗްއެސްއީ އަދި ވިލާ ހައި ސްކޫލުގައި ގިނަ ދުވަސްތަކެއް ވަންދެން ކިޔަވައިދެއްވި -- "ދެން ގުޅީ ޓްރީޓޮޕް އެމްބިއުލާންސަށް. ޓްރީޓޮޕުން ބަލާފަ ބުނީ ފުއްޕާމޭގައި ވަރަށް ބޮޑަށް ނިއުމޯނިއާގެ އަސަރު އެބަހުއްޓޭ. އެކަމުވެސް ޓްރީޓޮޕުން ބުނީ އެޗްޕީއޭ އަށް އަންގައިފީމޭ އެކަމަކު ވެސް ކޮވިޑަށް ނުވެދާނެތީ ޓެސްޓު ނުކޮށް ބޭސް ދީފަ ގެއަށް ފޮނުވާލީ،" ތޯރިގް ކިޔައިދިނެވެ. ދެތިން ދުވަސް ވީއިރު ބޭހަށް ވެސް ނުގުޑައި، ހާލަތު އިތުރަށް ގޯސްވާން ފެށުމުން އައިޖީއެމްއެޗްގެ އެމްބިއުލާންސަށް ގުޅީ އެވެ. ވަގުތުން ފްލޫ ކްލިނިކަށް ގެންގޮސް، ކޮވިޑް19 އަށް ޓެސްޓު ކުރުމަށްފަހު އޮބްޒަވޭޝަންގައި ބޭއްވީ އެވެ. އޮބްޒަވޭޝަންގައި އޮންނަން ޖެހުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. ޓެސްޓުގެ ނަތީޖާ އަންނާނެ ގޮތެއް ނޭނގެ އެވެ. ވަމުން ދިޔަ އުނދަގޫތަކުގެ ސަބަބަކީ ކޮރޯނާވައިރަހަށް ވުމުގެ ބިރުވެރިކަން ހިތުގައި އޮތެވެ. އެ ބިރުވެރިކަމުގައި އޮއްވާ ޖެހިގެން އައި ދުވަހު އައިޖީއެމްއެޗްގެ ސީނިއާ ޑޮކްޓަރު، ޑރ. މޫސާ ހުސައިން ވަޑައިގެން ދެއްވީ އެންމެ އަޑުއަހަން ބޭނުން ނުވި ޖަވާބެވެ. މޭ 12، 2020: މަސްވެރިންގެ ޕާކް ސަރަހައްދުގައި އެމްބިއުލައިންސް ޕާކް ކޮއްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ "ޑރ. މޫސަ ވިދާޅުވީ ޓެސްޓުގެ ނަތީޖާ ލިބުނީ ޕޮޒިޓިވް ކަމަށޭ، ޓްރީޓޮޕްގެ ސްކޭންތަކަށް ބަލާފައި އައިސޫޔޫއަށް ވަރަށް އަވަހަށް ބަދަލުކުރަން ޖެހޭނެއޭ،" ތޯރިގް ސާ "ސަން"އަށް ކިޔައިދިނެވެ. އުމުރުން 47 އަހަރުގެ ތޯރިގް ސާ އަކީ އެހެން ބައްޔެއްގައި އުޅެމުން ދިޔަ މީހެއް ނޫނެވެ. އުމުރާ ބަލާފައި ހުރީ ދުޅަހެޔޮކޮށެވެ. ނަމަވެސް ކޮރޯނާވައިރަސް ޖެހި ތޯރިގް ސާ ގެ ހަށިގަނޑު މުޅިން ބަލިކޮށްލި އެވެ. ހަށިގަނޑުގަައި އަޅަމުން ދިޔަ ވޭނާއި، ފުއްޕާމެއަށް ކުރަމުން ދިޔަ އުނދަގޫތަކަށް ފަރުވާ ހޯދަން 12 ދުވަސް ވަންދެން އައިސީޔޫގައި އޮންނަން ޖެހުނެވެ. ނަމަވެސް މިހާރު ބަލިން ރަނގަޅުވެ، ތޯރިގް ސާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ. އަދި މިހާރު ފަރުކޮޅު އައިސޮލޭޝަނަށް ވަނީ ބަދަލުކޮށްފަ އެވެ. "ފުއްޕާމެއަށް ވަރަށް ބޮޑަށް އަސަރުކޮށްފައި ހުރުމުން ހާލު ވަރަށް ގޯސްވި، އެހެން ނަމަވެސް ވަގުތުން އެންމެ ރަނގަޅު ފަރުވާ ލިބުމުން، ﷲގެ އިރާދަފުޅާއެކު މިހާރު ރަނގަޅު،" ސާ ބުންޏެވެ. މެއި 14، 2020: ދަރުމަވަންތަ ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ ތޯރިގް ސާ ވަނީ ރާއްޖެއިން ލިބުނު ފަރުވާ އާއި ހިދުމަތަށް ފަށްފަށުން ޝުކުރުއަދާކޮށްފަ އެވެ. ހާއްސަކޮށް ޑރ. މޫސަ އާއި ޑރ. މުހައްމަދު އަލީ އަށް ޝުކުރުއަދާކުރި އެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަގެ ނަރުހުންނާ މެޑިކަލް ސްޓާފުން ދިން ލޯތްބާއި އަޅާލުން ފާހަގަކުރި އެވެ. ތޯރިގް ސާ ސިފަކުރި ގޮތުގައި، އޭނާ އަށް ލިބުނީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ސިއްހީ ފަރުވާ އެވެ. ﷲގެ އިރާދަފުޅާއެކު ފުރާނަ ސަލާމަތްވީ، ޑޮކްޓަރުންނާއި ނަރުހުން ވަރުބަލިކަމެއް ނެތި ކޮށްދެއްވި ހިދުމަތުންނެވެ. މީގެ އިތުރުން ހުރިހާ ދިވެހީންނަށާއި ހާއްސަކޮށް ސާ ގެ ދަރިވަރުންގެ ފަރާތުން ލިބުނު ލޯތްބާއި ދުއާ އަށް ޝުކުރުއަދާކުރި އެވެ. އަދި ރާއްޖޭގައި ތިބި ޕާކިސްތާން ރައްޔިތުންނާއި ޕާކިސްތާން އެމްބަސީން ވެސް ގަވާއިދުން ހާލު ބަލައި ހިތްވަރު ދެމުން ގެންދިިޔަ ކަމަށްޓަކައި އެފަރާތްތަކަށް ޝުކުރުއަދާކުރި އެވެ. "މި ހަނގުރާމައިިގައި ކުރި ލިބުނީ މަންމަ އާއި ހެޔޮ އެދޭ ހުރިހާ ފަރާތްތަކެއްގެ ހެޔޮ ދުއާއިން. އެފަރާތްތަކުން ހެޔޮ ދުއާއިން މިއަދު އާ ދިރިއުޅުމެއް ލިބުނު ފަދަ،" ސާ ބުންޏެވެ. ކޮވިޑް-19 ޖެހި ހާލު ސީރިއަސްވި މުހައްމަދު ތޯރިގް: ސީއެޗްއެސްއީ އަދި ވިލާ ހައި ސްކޫލުގައި ގިނަ ދުވަސްތަކެއް ވަންދެން ކިޔަވައިދެއްވި -- ވިހި އަހަރަށް ވުރެ ގިނަ ދުވަހު ތައުލީމީ ދާއިރާގައި ރާއްޖެއަށް ހިދުމަތް ކުރެއްވުމަށް ފަހު، މިހާރު މަސައްކަތް ކުރަމުން އަންނަނީ ފްރަންޓިއާ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރުގެ މަގާމުގަ އެވެ. ދިރިއުޅުމުގެ ބޮޑު ބައެއް ރާއްޖޭގައި ހޭދަކުރި އިރު، ތިން ކުދިން ވެސް ލިބުނީ ރާއްޖޭގައި ހުއްޓަ އެވެ. ކޮވިޑް19 އަށް ޕޮޒިޓިވްވި، އިރު ރާއްޖެއިން ދިން ފުރިހަމަ ހިދުމަތުގެ ސަބަބުން ރާއްޖެއާ މެދު އޮތް ލޯބި އޭނާގެ މިހާރު ވަނީ އެތައް ގުނައެއް އިތުރުވެފަ އެވެ. ސާގެ އިތުރުން، އެކުގައި ދިރިއުޅެމުން ދިޔަ ތިމާގެ ދެކުއްޖަކު ވެސް ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެހެން ނަމަވެސް އެ ދެކުދިން ވެސް މިހާރު ވަނީ ބަލިން މުޅިން ރަނގަޅުވެފަ އެވެ. "ބުނެލަން އޮތީ މިއީ ވަރަށް އަންޕްރެޑިކްޓަބަލް އަދި އެހާމެ ނުރައްކާތެރި ބައްޔެކޭ. ކިތަންމެ ދުޅަހެޔޮކޮށް ހުރި ނަމަވެސް މި ވައިރަހުގެ ސަބަބުން ބޮޑު ވޭނެއް އުފުލަން ޖެހިދާނެ. އެހެންވީމަ ހުރިހާ އެންމެން ވެސް މިކަން ސީރިއަސްކޮށް ނަގަން ޖެހޭ. ފުރާނައަށް ނުރައްކާވާ ފަދަ ވައިރަހެއް މީ. އަމިއްލައަށް ރައްކާތެރިވެ، އާއިލާއާ ލޯބިވާ މީހުން މި ބަލިން ސަލާމަތް ކުރުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެއް ކަމުގައި ދެކެން ވާނެ،" ތޯރިގް ސާ ބުންޏެވެ.
ކޮވިޑުން ސަލާމަތްވެ ތޯރިގް ސާގެ ޝުކުރު ދިވެހީންނަށް
ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކަން ޖެހޭ 350 މިލިއަން ޑޮލަރުގެ ދެ ބޮންޑެއްގެ މެޗުއަރިޓީ ނޫނީ ދެއްކުމުގެ މުއްދަތު ތިން އަހަރު ދުވަހަށް ފަސްކޮށްފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. މިއަދު ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، 2022 ވަނަ އަހަރަށް 250 މިލިއަން ޑޮލަރުގެ ބޮންޑެއް ދައްކަން ޖެހޭ މުއްދަތު ހަމަވާއިރު، 2023 ވަނަ އަހަރު 100 މިލިއަން ޑޮލަރުގެ ޕްރައިވެޑް ޕްލޭސްޑް ބޮންޑެއްވެސް ދައްކަން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުން ޔޫއޭއީ އާއި ބޮންޑު އިޝޫކޮށްފައިވާ ފަރާތާ ވާހަކަ ދައްކައިގެން އެ ފައިސާ ދެއްކުން އިތުރު ތިން އަހަރު ދުވަހަށް ލަސްކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. "އަޅުގަނޑުމެން އައިސްފަ އިތުރު ތިން އަހަރަކަށް އެ މެޗޫރިޓީ ވާނީ އިތުރުކޮށްފައި، އޭގެ މާނައަކީ 2026 ވަނަ އަހަރު މިހާރު މެޗުއާ ވާނީ. އެއީ އަޅުގަނޑުމެން ޔޫއޭއީގެ ފަރާތްތަކާ ވާހަކަ ދައްކައިގެން އެ ލުއި މިހާރުވެސް ހޯދާފައި ވާނީ،" މިނިސްޓަރު ވިދާޅުވި އެވެެ. މިނިސްޓަރު އަދި ވިދާޅުވީ ޑެޓް ސަސްޓެއިނަބިލިޓީ އެނަލިސިސް ހެދިގެން އަންނައިރު އައިއެމްއެފް އިން އެކަމަށް ރިއާޔަތް ކުރާނެ ކަމަށާއި ޑެޓް ސަސްޓެއިނިބިލިޓީ ރަނގަޅު ވާނެ ކަމަށެވެ. މި ސަރުކާރު އައި އިރު ސޮވަރިން ޑިވެލޮޕްމެންޓް ފަންޑުގައި 98 މިލިއަން ޑޮލަރު ހުރި ކަމަށާއި މިހާރު އެ އަދަދު 190 މިލިއަން ޑޮލަރަށް އަރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. "މީގެ ފަންޑްސް ހުންނާނެެ މިހާރުވެސް އެކި އެކި ކަންކަމަށް އިންވެސްޓުކޮށްފައި. މެޗުއާ ވާ ވަރަކަށް، 2022 ވަނަ އަހަރާ ހަމައަށް ދާންވާއިރަށް އަޅުގަނޑުމެންގެ ފަންޑުގައި ލިކުއިޑް ބެލެންސް ބޮންޑު ދެއްކޭނެ ވަރަށް ހުންނާނެހެން ރޭވެމުން ދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ބޮޑު ދެ ބޮންޑެއް ދައްކަން ޖެހޭ މުއްދަތު ތިން އަހަރަށް ފަސްކޮށްފި
މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ފަސް ސިފައިންގެ މީހުން ހިމެނޭކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ. މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޑީއެފްގެ ފކާނަލް ހުސައިން އަލީ ވިދާޅުވީ މިހާތަނަށް ސިފައިންގެ ފަސް މީހަކު ހިމެނޭ ކަމަށާއި، އެމީހުންނާ ގުޅުންހުރި އިތުރު ސިފައިން ކަރަންޓީނުކޮށްފައިވާ ކަމަށެވެ. ކާނަލް ހުސައިން އަލީ ވިދާޅުވީ މި މަސައްކަތުގެ ފްރަންޓް ލައިނަށް ސިފައިން ނުކުތް އިރުވެސް، ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ސިފައިން ހިމެނޭނެކަން އެނގޭ ކަމަށާއި، މަސައްކަތަށް ނުކުތީ އެކަން އެނގިތިބެ ކަމަށެވެ. އަދި އެކަހެރިކުރާ ސިފައިން ވެސް، ފުރިހަމަކުރަންޖެހޭ މުއްދަތު ފުރިހަމަ ކުރުމަށްފަހު އެނބުރި އައިސް ހިދުމަތާ ގުޅޭނެ ކަމަށެވެ. "އަޅުގަނޑުމެން މި މަސައްކަތުގައި ސާބިތުވެ ތިބޭނަން. އަޅުގަނޑުމެންގެ ތެރެއިން ޕޮޒިޓިވްވާ ފަރާތްތައް ކަމާބެހޭ ފަރާތްތަކުގެ އިންތިޒާމުގެ ތެރެއަށް ހަމަ ހުށަހެޅިގެން ދާނެ،" ކާނަލް ވިދާޅުވިއެވެ. ކާނަލް ވިދާޅުވީ ސިފައިންގެ ތެރެއިން ބަޔަކު ޕޮޒިޓިވްވެ، އިތުރު ސިފައިންތަކެއް އެކަހެރިކުރަން ޖެހޭނެ ހާލަތެއް އަތުވެދާނެ ކަމަށް ސިފައިންގެ ލީޑަޝިޕް އޮތީ ތައްޔާރުވެފައި ކަމަށެވެ. އެގޮތުން ސިފައިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެސްއޯޕީތައް އެކުލަވާލައި އަމަލު ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު، ސިފައިންގެ މަރުކަޒުތައް ވެސް މިކަމަށް ތައްޔާރަށް އޮތް ކަމަށް ކާނަލް ވިދާޅުވިއެވެ. ކޮވިޑް19 އަށް ސިފައިންގެ މީހަކު ޕޮޒިޓިވްވެފައިިވާކަން އެންމެ ފުރަތަމަ ހާމަކުރީ މި މަހުގެ 21 ވަނަ ދުވަހުއެވެ. އަދި އޭނާގެ ކޮންޓެކްޓުންގެ ގޮތުގައި 41 މީހަކު ހޯދާފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. މިއަދުގެ ޕްރެސްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ފްރަންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ. އެގޮތުން ސިފައިންނާއި ފުލުހުންގެ އިތުރުން ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުން ހިމެނޭ ގޮތުން 600 އަށްވުރެ ގިނަ މީހުން ގެއަށް ނުދެވޭގޮތަށް އެކަހެރިކޮށްފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މިހާތަނަށް ރާއްޖެއިން 214 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްފައި ވާއިިރު، ގިނައީ މާލެ އިން ބައްޔަށް ޕޮޒިޓިވްވީ މީހުންނެވެ.
ޕޮޒިޓިވްވި މީހުންގެ ތެރޭގައި ފަސް ސިފައިން ހިމެނޭ
ވަކި ގަޑިތަކެއް ކަނޑައަޅައިގެން އެ ގަޑިތަކުގައި ވަކި ބޯޓުތަކަކަށް މާލެ އާދެވޭ ކަހަލަ އުސޫލެއް އެކުލަވާލަން މަސައްކަތް ކުރަމުންދާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)އިން ބުނެފި އެވެ. މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރަށްރަށަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި އެހެނިހެން މުދާ ހޯދުމަށް ބޯޓުފަހަރު މާލެއަށް އަންނަން ޖެހޭ ކަމަށެވެ. "އެތަނުގައި އައިސީޕީއެއް މަސައްކަތް ކުރަމުން އެބަދޭ. އެ ބޭފުޅުން ކުރައްވާ މަސައްކަތަކީ އެ ދޯނިތަކުން އަންނަ މީހުންނަށް މާލެ ތެރެއަށް ނުގޮސް އެ ސަރަހައްދުން މުދާ ލިބިގެން އަނބުރާ ދާ ގޮތަށް މަސައްކަތް ކުރަމުން ގެންދިއުން." މަބްރޫކް ވިދާޅުވި އެވެ. "ތޮއްޖެހުމުގެ މަސައްކަތް އެ ގޮތަށް ކުރެވޭ ކަންތަކުގެ ތެރޭގައި ފާހަގަކުރެވިފައި ވޭ، އެކަން މަދު ކުރުމަށް ވަކި ގަޑިތަކެއް ކަނޑައަޅައިގެން ވަކި ބޯޓުތަކަށް އާދެވޭ އޮޕްޝަންތަކެއް އެބަ ބަލަމުންދޭ،" ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވާހަކަ ދައްކަވަނީ --- ފޮޓޯ/ އެންއޯއީސީ އެކަމާ ގުޅޭ އުސޫލު އެކުލަވާލުމުން އިތުރު މައުލޫމާތު ހިއްސާކުރައްވާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި އެ އުސޫލު އެކުލަވާލެވެންދެން މިހާރު ބޯޓު ފަހަރަށް މާލެ އައުމުގައި އަމަލު ކުރެވޭނެ އެންމެ ރަނގަޅު ގޮތަކީ މިހާރު އަމަލުކުރަމުންދާ ގޮތް ކަމަށް މަބްރޫކް ވިދާޅުވި އެވެ. މާލެއަށް އަންނަ ބޯޓުފަހަރުތައް އާންމުކޮށް ކައިރި ކުރަނީ ނޯތު ހާބަރު އޮންނަ ބާޒާރު ސަރަހައްދަށެވެ. މާލެއިން މިހާތަނަށް ކޮވިޑް19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 42 މީހަކު ހިމެނެނީ ބީޒެޑްއެމް (ބާޒާރުމަތީ) ކްލަސްޓާގަ އެވެ.
ބޯޓުފަހަރު މާލެއަށް އަންނަން ވަކި ގަޑިތަކެއް ކަނޑައަޅަނީ
ތައުބާވުމަކީ އުރެދުންތަކާ ނުކިޔަމަންތެރިކަން ދޫކޮށް ﷲ ގެ މަގަށް އެނބުރި އައުމެވެ. އެއީ އެކަލާނގެއަށް ބިރުވެތިވުމާއެކު، ފާފައިގެ ހުތުރުކަމަށްޓަކައި އެކަންދޫކޮށް، ކުރެވުނުކަންތަކާމެދު ހިތާމަކޮށް އަލުން އެފަދަކަމެއްގެ ތެރެއަށް ނުދިޔުމަށް އަޒުމު ކަނޑައެޅުމެވެ. އަދި މީހެއްގެ ހައްގަކަށް އަރައިގެންފައިވާނަމަ އެހައްގެއް އަދާކުރުން ނުވަތަ އެމީހެއްގެ ކިބައިން މާފު ހޯދުމެވެ. ޝަރުޢީ ނައްޞުތަކުން އެނގޭގޮތުގައި ތައުބާ ނުވެވޭނެ ފާފައެއް ނޯންނާނެއެވެ. ހަމައެހެންމެ ތައުބާގެ ޝަރުޠުތައް ފުރިހަމަވާ ގޮތުގައި މީހަކު ތައުބާ ވެއްޖެނަމަ ﷲ އޭނާގެ ތައުބާ ގަބޫލުކުރައްވާނެއެވެ. އެންމެ ބޮޑެތި ފާފަތަކުގެތެރޭގައި ހިމެނޭ ޝަރީކުކުރުމަކީވެސް އެކަމަށް ތައުބާ ވެއްޖެނަމަ ފުއްސަވައިދެއްވާނެ ފާފައެއްކަން ޤުރުއާނުން އެނގެއެވެ. ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "ހަމަކަށަވަރުން ﷲ އެކަލާނގެއަށް ޝަރީކުކުރުމުގެ ފާފަ ނުފުއްސަވަތެވެ. އެކަލާނގެ އިރާދަކުރައްވާމީހަކަށް އެނޫންކަންތަކުގެ ފާފަ ފުއްސަވައެވެ. ﷲ އަށް ޝަރީކުކުރާމީހާ (ދަންނާށެވެ!) ފަހެ އޭނާ ދުރުވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެކަން ކަށަވަރެވެ."[ނިސާ: 116] މިއާޔަތުގައި އަންގަވާފައިމިވަނީ ﷲ އަށް ޝަރީކުކުރާމީހާ އެކަމަށް ތައުބާނުވެ މަރުވެއްޖެނަމަ އެ ފާފަ ނުފުއްސަވާނެ ވާހަކަ ކަމުގައި ޢިލްމުވެރީން ވިދާޅުވެއެވެ. ނަމަވެސް ޝިރުކުގެ ފާފައަށްވެސް ތައުބާވެއްޖެނަމަ އެކަންވެސް ފުއްސަވާނެކަން އެހެން އާޔަތަކުން އެނގެއެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَى أَنْفُسِهِمْ لَا تَقْنَطُوا مِنْ رَحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا [ޒުމަރު: 53] "ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފުސުތަކުގެ މައްޗަށް ފާފައިން އިސްރާފު ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲ ގެ ރަޙުމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲ އީ، އެންމެހައި ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ ރަސްކަލާނގެއެެވެ." ހައްގަކާނުލައި މީހަކު މަރައިފިމީހާގެ ތައުބާ ގަބޫލުކުރައްވާނެތޯއާމެދު އިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދިފައިވެއެވެ. އިބުނު ޢައްބާސް ވިދާޅުވާގޮތުގައި އެފަދަމީހާ ތައުބާވިޔަސް އޭނާގެ ފާފައެއް ނުފުއްސަވާނެއެވެ. އެއީ ނިސާ ސޫރަތުގެ 93 ވަނަ އާޔަތުގައިވާފަދައިންނެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. وَمَنْ يَقْتُلْ مُؤْمِنًا مُتَعَمِّدًا فَجَزَاؤُهُ جَهَنَّمُ خَالِدًا فِيهَا وَغَضِبَ اللَّهُ عَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَابًا عَظِيمًا "އަދި، ގަސްތުގައި މުއުމިނަކު މަރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ޖަޒާއަކީ ނަރަކަޔެވެ. އެތާނގައި ދެމިހުންނަނިވި ގޮތުގައެވެ. އަދި، ﷲ އެމީހާގެ މައްޗަށް ކޯފާލައްވައި ލައުނަތް ލެއްވިއެވެ. އަދި، ބޮޑުވެގެންވާ އަޒާބު އެމީހާއަށް ތައްޔާރު ކުރެއްވިއެވެ." އެހެންނަމަވެސް މިކަމުގައި އެންމެ ރަނގަޅު ރައުޔަކީ ގަސްތުގައި މީހުން މަރާ މީހާވެސް އެކަމަށް ތައުބާވެެއްޖެނަމަ އޭނާގެ ފާފަވެސް ފުއްސަވާނެކަމަށް ބުނާ ޖުމުހޫރު އިލްމުވެރިންގެ ރައުޔެވެ. މިކަމުގެ މައްޗަށް އައިސްފައިވާ ޞަރީޙަ ދަލީލުތައް ޤުރުއާނާއި ސުންނަތުގައި ވެއެވެ. އެގޮތުން، ﷲ ޙުރުމަތްތެރިކުރައްވާފައިވާ ނަފުސެއް ހައްގަކާނުލައި މަރާމީހާ ތައުބާވެ، އީމާންވެ ގިނައިން ޞާލިޙު ޢަމަލުކޮށްފިނަމަ އޭނާގެ ފާފަ ފުއްސަވާނެކަމަށް އަންގަވާފައިވެއެވެ.[ފުރުޤާން: 69-70] ހަމަމިއާއެކު ޒުމަރު ސޫރަތުގެ 53 ވަނަ އާޔަތުގައިވެސް އަންގަވާފައިއެވަނީ ﷲ އީ އެންމެހައި ފާފަތައް ފުއްސަވާ ރަސްކަލާނގެކަމުގައެވެ. އެންމެހައި ފާފަތަކުގެތެރޭގައި ގަތުލުގެ ފާފަވެސް ހިމެނޭނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަަލައިހި ވަސައްލަމަ ހަދީސްކުރައްވާފައިވެއެވެ. "ތިޔަބައިމީހުންގެ ކުރިން އުޅުނުމީހުންގެތެރޭގައި، ނުވަދިހަނުވަ ނަފުސު ގަތުލުކުރި މީހަކު އުޅުނެވެ. އެއައްފަހު ދުނިޔޭގައިހުރި އެންމެމޮޅު ޢިލްމުވެރިޔަކީ ކޮބައިތޯ އޭނާ ސުވާލުކުރިއެވެ. އެހިނދު އޭނާއަށް ރާހިބަކު ދެއްކުނެވެ. ދެން އޭނާ ރާހިބުގެ ގާތަށްގޮސް ނުވަދިހަ ނުވަމީހުން ގަތުލުކުރިކަމަށް ބުންޏެވެ. އަދި އޭނާއަށް ތައުބާ ވެވޭނެތޯ ސުވާލުކުރިއެވެ. އެހިނދު ރާހިބު ބުންޏެވެ. ނޫނެކެވެ. އެހިނދު އޭނާ ރާހިބު ގަތުލުކޮށް ސަތޭކަހަމަކުރިއެވެ. އެއަށްފަހު ދުނިޔޭގައި ހުރި އެންމެމޮޅު ޢިލްމުވެރިއަކީ ކޮބައިތޯ ސުވާލުކުރިއެވެ. އެހިނދު އޭނާއަށް ޢިލްމުވެރިމީހަކު ދެއްކުނެވެ. އޭނާ ސަތޭކަމީހުން ގަތުލުކޮށްފިކަމަށާއި، ފަހެ އޭނާއަށް ތައުބާ ވެވޭނެތޯ ސުވާލުކުރިއެވެ. ޢިލްމުވެރިޔާބުންޏެވެ. އާނއެކެވެ. މީހަކާ ތައުބާއާ ދެމެދު ހުރަސްއަޅާނީ ކޮންކަމެއްހެއްޔެވެ؟ މިވެނި ރަށަކަށްދާށެވެ. އެތާނގައި ﷲ އަށް އަޅުކަންކުރާ ބަޔަކު ތިބޭނެއެވެ. އެމީހުންނާއެކުވެ ﷲ އަށް އަޅުކަންކުރާށެވެ. އަދި ކަލޭ އަމިއްލަ ގައުމަށް އެނބުރި ނާންނާށެވެ. ފަހެ އެބިމަކީ ނުބައިކަންތަކުން ފުރިގެންވާ ބިމެކެވެ. ދެން އޭނާ ޢިލްމުވެރިޔާ ބުނި ބިމަށް ދިޔުމަށްޓަކައި ނުކުމެ ރާސްތާގެ މެދާހަމައަށް ދެވުނުތަނާ، އޭނާގެ އަޖަލު އައިސް ޖެހިއްޖެއެވެ. އެހިނދު ރަހުމަތުގެ މަލާއިކަތާ އާއި އަޒާބުގެ މަލާއިކަތާ އޭނާގެ ގާތަށް ވަޑައިގެން އޭނާއާމެދުހަދާނެ ގޮތަކާމެދު ޚިލާފުވެވަޑައިގަތެވެ. އޭނާއައީ ތައުބާވުމަށް އެދި ﷲ އަށް ހިތްނިޔަތް ޚާލިޞްކޮށްގެން ކަމަށް ރަހުމަތުގެ މަލާއިކަތާ ވިދާޅުވިއެވެ. ދެން އަޒާބުގެ މަލާއިކަތާ ވިދާޅުވީ އޭނާ އެއްވެސް ހެޔޮކަމެއް ނުކުރާކަމަށެވެ. ދެން އިންސާނެއްގެ ސިފައިގައި އެތަނަށް އެހެން މަލާއިކަތަކު ފޮނުއްވިއެވެ. ވަކިގޮތެއް ނިންމަވައިދެއްވުމަށް އެބޭކަލަކުގެ އަރިހުގައި މަލާއިކަތުން ދެންނެވުމުން އެބޭކަލަކުވިދާޅުވިއެވެ. "ދެބިމުގެ ދޭތެރޭގައި ހުރި ދުރުމިން ބަލާށެވެ. އޭގެ ތެރެއިން އޭނާއާއި އެންމެ ކައިރި ބިމަކަށް އޭނާ ލައްވާހުއްޓެވެ. މިގޮތުގެ މަތިން މިންބެލި އިރު، އޭނާއާ ކައިރިކަމަށްވީ އޭނާ ގަސްތުކޮށްގެންދާ މަންޒިލު ކަމުގައިވާ ބިމެވެ. އެހިނދު ރަހުމަތުގެ މަލާއިކަތާ އޭނާގެ މަރުހިއްޕެވިއެވެ."[متفق عليه] ޤުރުއާނާއި ސުންނަތުން އެނގޭގޮތުގައި، ކިތަންމެ ބޮޑު ފާފައެއްކުރެވުނަސް އަދި ކިތަންމެ ގިނައިން ފާފަކޮށްފައިވީނަމަވެސް، ތެދުވެރި ތައުބާއަކުން ތައުބާވެއްޖެނަމަ ﷲ އެމީހެއްގެ ފާފަ ފުއްސަވައިދެއްވާނެއެވެ. ތައުބާވުމަކީ ވަރަށް ގިނައިން އެކަމަށް އަމުރުކުރައްވާފައިވާ، ﷲ ލޯބިވެވޮޑިގެންވާ ވަރަށް މަތިވެރި އަމަލެކެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. "ހަމަކަށަވަރުން، ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ."[ބަޤަރާ: 222] ތައުބާވުމަށްޓަކައި ކުރަންޖެހޭނީ ތިންކަމެކެވެ. އެއީ ފާފަކުރުން ހުއްޓައިލުމާއި، ކުރެވުނު ފާފައާމެދު ދެރަވެ ހިތާމަކުރުމާއި އަދި އެ ފާފައަށް އެނބުރި ނުދިޔުމަށް ހިތުގައި އަޒުމު ކަނޑައެޅުމެވެ. މީގެއިތުރުން، މީހެއްގެ ހައްގަކަށް އަރައިގެންފައިވާނަމަ އެ ހައްގެއް އަދާކުރުން ނުވަތަ އޭނާގެ ފަރާތުން މާފު ލިބިގަތުމެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. "އެއުރެން ތައުބާވެ (އެއުރެންގެ އަމަލުތައް) އިސްލާހުކޮށް (ވަންހަނާކުރި ކަންތައް) ބަޔާންކުޅަ މީހުން މެނުވީއެވެ. ފަހެ، އެއުރެންނަށް ތިމަންރަސްކަލާނގެ ތައުބާ ލައްވާހުށީމެވެ. ތިމަންރަސްކަލާނގެއީ، ގިނަގިނައިން ތައުބާ ގަބޫލުކުރައްވާ ރަޙީމުވަންތަ ރަސްކަލާނގެއެވެ."[ބަޤަރާ: 160]
ރޯދައިގެ ވަސިއްޔަތް: ތައުބާވުމުން ނުފުއްސަވާނެ ފާފައެއް ވޭތަ؟
މާލެއިން މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ، ބާޒާރުމަތީގެ ފިހާރަތައް ހިމެނޭ ކްލަސްޓާއާ ގުޅިފައިވާ ކޭސްތައް ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ. މިހާރު ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ބާޒާރުމަތީގައި މަސައްކަތް ކުރާ ބައެއް ބިދޭސީން ނިދަނީ ކޮން ތަނެއްގައި ކަން އެމީހުން ގެންގުޅޭ ކުންފުނިތަކަށް ވެސް ނޭނގޭ ކަމަށެވެ. "މިހާރު މި ކޮމިއުނިޓީ ސްޕްރެޑަށް ބަލާލާއިރު، މާލެއަށް ބަލާއިރު މާލޭގެ ބާޒާރުމަތީގެ ސަރަހައްދު، ނުވަތަ ބާޒާރުމަތީގައި މި ހިމެނޭ ފިހާރަތަކުގެ ކްލަސްޓާއަކީ މާލެއިން މި ފެނުނު ކޭސްތަކުގެ އެންމެ ގިނަ ކޭސްތައް ގުޅިފައިވާ ކްލަސްޓާކަން މިއޮތީ ސާފުވެފަ،" މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މާލެއިން ބޭރުން އިތުރު ފެސިލިޓީތައް ގާއިމުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިރުޝާދުގެ ދަށުން، ޓާސްކް ފޯސް އިން ނިންމާފައިވާ ކަމަށާއި، އެތަންތަނުގައި ތިބި މީހުން ބަދަލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ބާޒާރުމަަތީގައި އޮތް މެއިން ކްލަސްޓާއިން ވަރަށް ގިނަ އަދަދެއްގެ ބިދޭސީންނަށް ބަލި ގޮސްފައިިވާ ކަމަށެވެ. ރާއްޖެއިން މިހާތަނަށް 220 މީހަކު ޕޮޒިޓިވްވެފައި ވާއިިރު، 136 މީހުންނަކީ ބިދޭސީންނެވެ. ބިދޭސީންގެ ތެރޭގައި ގިނައީ ބަންގްލަދޭޝް ރައްޔިތުންނެވެ. އެޗްޕީއޭއިން ރޭ ބުނެފައި ވަނީ ޕޮޒިޓިވްވި ކޭސްތަކާ ގުޅިގެން މިހާތަނަށް 2000 އަށް ވުރެ ކޮންޓެކްޓުން ހޯދިފައިވާ ކަމަށެވެ. ޕޮޒިޓިވްވި ބިދޭސީންްގެ ތެރޭގައި ބާޒާރު ލިލީގެ މުވައްޒަފަކު ވެސް ހިމެނެއެވެ. އެއާއެކު އެ ފިހާރައަށް ދިޔަ އެންމެން އެޗްޕީއޭއަށް ރިޕޯޓުކުރަން ވެސް އެންގިއެވެ. ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މެދުގައި ބަލި ފެތުރެމުން އަންނާތީ ފުލުހުން ހާއްސަ ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ. އެގޮތުން މިހާރު ވެސް 800 އަށްވުރެ ގިނަ ބިދޭސީން ދިރިއުޅޭ 18 ތަނެއް ފުލުހުން އަންނަނީ މޮނީޓާ ކުރަމުންނެވެ. ކޮރޯނާ ފެތުރުމުގެ ބިރުވެރިކަމާއެކު ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީން ރަނގަޅު ފެސިލިޓީތަކަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އެތައް ސަތޭކަ ބިދޭސީން މާލެ އިން ބޭރުކޮށް، ރަނގަޅު ފެސިލިޓީތަކަށް ބަދަލުކުރެވޭނެ ކަމަށެވެ. ރޭ ކުރިއަށް ދިިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އެންމެ ބޮޑު ކްލަސްޓާގައި އެކަނި ވެސް 517 މީހުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން "އޭއެމްއެޗް" ކްލަސްޓާއިން 21 މީހަކު، "އާރުއެންސީ" ކްލަސްޓާ އިން ދެ މީހުން، "ބީއެންޒެޑް" ކްލަސްޓާ އިން ދެ މީހުން، "ބީއެންސީ" ކްލަސްޓާ އިން އެކަކު އަދި އެއްވެސް ކްލަސްޓާއަކަށް ނިސްބަތްނުވާ 11 މީހަކު ހިމެނޭ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.
ވައިރަހުގެ އެންމެ ބޮޑު ކުލަސްޓާ ފެނުނީ ބާޒާރުމަތިން: އަލީ ވަހީދު
[ށ. ނަރުދޫއިން] - އަހަންނަށް މިހާރު މި ފޭބުނީ ކުޑަކުޑަ އާބާދީއެއް އޮތް މި އަތޮޅުގެ ނަރުދޫއަށެވެ. އަހަރެންގެ ރަށް، ށ. ފުނަދޫ މީހުން މި ރަށަށް އެހީގެ ސާމާނު ހިފައިގެން އައި ދޯނީގައި އަހަރެން ވެސް މި ރަށަށް މި އައީ އެވެ. ހަސްތޭކައެއްހާ މީހުންގެ އާބާދީއެއް އޮތް މި ރަށަށް މި ދުވަސްވަރުގައި މީހުންގެ ސަމާލުކަން ހުއްޓިފައި ވަނީ، މިއީ މާލެއިން ބޭރުން ކޮވިޑް ރޯގާގެ އެންމެ ގިނަ ކޭސް ފެނުނު އެއް ރަށަށް މި ރަށް ވާތީ އެވެ. އަހަރެމެން އައި ދޯނި ރަށުގެ ފަޅު ތެރެއަށް ވަންނަމުން ދިޔައިރު، އަތުގައި އޮތް ކެމެރާގެ ލެންސް ފުރަތަމަ ވެސް، އަމާޒުވީ ފަޅުގައި އޮތް މާލެ ދަތުރުކުރާ ބޯޓަކަށެވެ. އެއީ "އަމާޒު" ބޯޓެވެ. މި ރަށުގައި ކޮރޯނާވައިރަސް ފެތުރުގަތީ މާލެ ދަތުރު ކުރާ މި ބޯޓްގެ ކައްޕިއަށް ވައިރަސް ޖެހި އޭނާގެ ފަރާތުންނެވެ. އެއަށް ފަހު ހެދި ޓެސްޓްތަކުން 11 މީހަކު މި ރަށުން ޕޮޒިޓިވްވިކަން އެނގުނެވެ. "އަމާޒު" ބޯޓް ނަރުދޫ ފަޅު ތެރޭ އަޅާފައި: ބޯޓް ޑިސްއިންފެކްޓްކޮށް ދަތުރުތައް ފެށުމުގެ ހުއްދަ ދިން ނަމަވެސް، ބޯޓްގެ ކައްޕި އާއި ބައެއް މުވައްޒަފުން ޕޮޒިޓިވް ވުމުން ބޯޓްގެ ދަތުރުތައް ފެށޭ ގޮތެއް ނުވޭ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު ނަރުދޫ ފަޅުގައި "އަމާޒު" ބޯޓް އަޅާފައި: މި ރަށުން އެންމެ ފުރަތަމަ ވައިރަހަށް ޕޮޒިޓިވްވީ، މި ބޯޓްގެ ކައްޕި -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު މީގެ ކުރިން މި ރަށަށް ޖައްސާލެވުނު ބައެއް ފަހަރުތަކުގައި ފެރީން ރަށަށް އަންނަ މީހުންނަށް މަރުހަބާ ކިޔަން ނޫނީ ރަށަށް ބާލާ މުދަލާ ހަވާލުވުމަށް ރަށުގެ ބަނދަރު ސަރަހައްދަށް މީހުން ޖަމާވެފައި އޮވެ އެވެ. އެކަމަކު، މިފަހަރު ރޯދަ މަހެއްގެ މެންދުރު ވަގުތުގައި އަހަންނަށް މި ރަށަށް ފޭބުނު ނަމަވެސް، ބަނދަރު ސަރަހައްދުން މަރުހަބާކީ އެ ރަށުގެ ޓާސްކް ފޯހާއި ކައުންސިލްގެ ދެތިން ހަތަރު މީހެކެވެ. އެހެން ބައެއްގެ ހިލަމެއްވެސް ބަނދަރު މަތީގައި ނެތެވެ. މީގެ ކުރިން ބަނދަރުމަތީގައި ތިބެ މީހުން ވާހަކަ ދައްކާ ސަލާން ގަލާންކޮށް އުޅުނުތަން ދުށީމެވެ. ގާޑިޔާތަކަށް މުދާ ބަރުކުރާ ތަނާއި އޮޑިފަހަރު ފަހަރަށް މީހުން އަރާތަން ދުށީމެވެ. އެކަމަކު މިއަދު ފެނުނީ އެ މަންޒަރެއް ނޫނެވެ. މީހެއްގެ ހިލަމެއް ވެސް ބަނދަރުމަތީ ނެތީ އެވެ. ހަލަބޮލިކޮށް ފެންނަ ބަނދަރުމަތިން ފެނުނީ ފަޅުކަމެވެ. މޭ، 17، 2020: އާބާދީގައި 600އަށް ވުރެ ގިނަ މީހުން އުޅޭ ށ. ނަރުދޫ ފުރަ ބަންދުގައި އޮތްއިރު ރަށުތެރެއިން ވަރަށް މަދުން ނޫނީ މީހެއްގެ ހިލަމެއް ވެސް ނުވޭ: މި ރަށަކީ މާލެއަށް ފަހު އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނުނު ރަށް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު މޭ، 17، 2020: އާބާދީގައި 600އަށް ވުރެ ގިނަ މީހުން އުޅޭ ށ. ނަރުދޫ ފުރަ ބަންދުގައި އޮތްއިރު ރަށުތެރެއިން ވަރަށް މަދުން ނޫނީ މީހެއްގެ ހިލަމެއް ވެސް ނުވޭ: މި ރަށަކީ މާލެއަށް ފަހު އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނުނު ރަށް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު ފުރަތަމަ ކޭސް ފެނުނު ދުވަހުން ފެށިގެން މި ރަށް މި އޮތީ ފުރަބަންދުގަ އެވެ. ހުއްދަ ނެތި ރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ. މީހުން ގިނަ ވަގުތު ގޭގައި ތިބުމަށް ކައުންސިލުން ވަނީ އިރުޝާދު ދީފަ އެވެ. ބޭރަށް ނިކުންނަ ނަމަ މާސްކް އެޅުމަށް ވަނީ އަންގައިފަ އެވެ. ރަށު ތެރޭގައި ހެލިފެލިވެ އުޅުން ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފަ އެވެ. ރަށުން ބޭރު މީހެއް ކަމުން މި ރަށުގައި މި އޮތް ހާއްސަ ހާލަތުގެ ފޮޓޯތައް އަހަރެންގެ ކެމެރާގައި ރައްކާ ކުރަން، ފުރުސަތު ލިބުނީ ޓާސްކު ފޯހުގެ ހުއްދަ ލިބިގެންނެވެ. އެކަމަކު އަހަންނަށް އެކަން ކުރަން ލިބުނީ 30 ހަކަށް މިނެޓެވެ. އެ ވަގުތުކޮޅުގެ ތެރޭގައި ރަށުގެ ތެރެއިން ހިނގާފައި ދިޔައިރު، މީހެއްގެ ހިލަމެއް ވަނީ ވަރަށް މަދުންނެވެ. އަހަރެންގެ ކެމެރާގައި ރައްކާ ކުރަން ޖެހުނީ، "ފަޅު ނަރުދޫއެއް"ގެ ފޮޓޯތަކެވެ. މޭ، 17، 2020: އާބާދީގައި 600އަށް ވުރެ ގިނަ މީހުން އުޅޭ ށ. ނަރުދޫ ފުރަ ބަންދުގައި އޮތްއިރު ރަށުތެރެއިން ވަރަށް މަދުން ނޫނީ މީހެއްގެ ހިލަމެއް ވެސް ނުވޭ: މި ރަށަކީ މާލެއަށް ފަހު އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނުނު ރަށް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު މޭ، 17، 2020: އާބާދީގައި 600އަށް ވުރެ ގިނަ މީހުން އުޅޭ ށ. ނަރުދޫ ފުރަ ބަންދުގައި އޮތްއިރު ރަށުތެރެއިން ވަރަށް މަދުން ނޫނީ މީހެއްގެ ހިލަމެއް ވެސް ނުވޭ: މި ރަށަކީ މާލެއަށް ފަހު އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނުނު ރަށް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު މޭ، 17، 2020: އާބާދީގައި 600އަށް ވުރެ ގިނަ މީހުން އުޅޭ ށ. ނަރުދޫ ފުރަ ބަންދުގައި އޮތްއިރު ރަށުތެރެއިން ވަރަށް މަދުން ނޫނީ މީހެއްގެ ހިލަމެއް ވެސް ނުވޭ: މި ރަށަކީ މާލެއަށް ފަހު އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނުނު ރަށް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު އާންމުކޮށް ރަށްފުށުގައި ކުޑަކުދިން މަގުމަތީ އާއި އަތިރިމަތީ ކުޅެން އުޅޭ މަންޒަރު ފެނުމަކީ ވަރަށް އާންމު ކަމެކެވެ. އެހެން ނަމަވެސް މިއަދުގެ ހާލަތުގެ ގޮތުން މި ރަށުން އެފަދަ މަންޒަރެއް ނުފެނެ އެވެ. ކުދިން ކުޅެން ތިއްބަސް ތިބީ، ގޭގެ ގޯތި ތެރޭގަ އެވެ. މި ރަށުގައި ކޮމިޔުނިޓީ ސްޕްރެޑެއްގެ ހާލަތު އޮތް އިރު، ރައްކާތެރިވުމުގެ ގޮތުން ކުޑަކުދިން ގެއިން ބޭރަށް ނެރެގެން ނޫޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. ޓާސްކްފޯހުގެ އެފަދަ އިލްތިމާސްތަކަށް މި ރަށުގެ ރައްޔިތުން ކިޔަމަންތެރިކަމާ އެކު ގަބޫލު ކުރެ އެވެ. މުޅިން ރަށުން ފެނުނީ އެ ކިޔަމަންތެރިކަމެވެ. ރަށު ތެރެއިން، ފެނުނު މަދު މީހަކީ ވެސް ޒަރޫރީ ބޭނުމެއްގައި ނޫނީ ވަޒީފާއަށް ދިޔުމަށް ނިކުމެ އުޅޭ މީހުންނެވެ. އެ މީހުން ތިބެނީ ވެސް މާސްކް އަޅައިފަ އެވެ. އެއް ގެއިން އަނެއް ގެއަށް މީހުން ޒިޔާރަތް ކުރުމާއި މަގުމައްޗާއި ޖޯލި ފަތިތަކުގައި މީހުން ވާހަކަ ދައްކަން ތިބުން އެއީ، މި ރަށުން އެއްގޮތަކަށް ވެސް މިހާރު ފެންނަ މަންޒަރެއް ނޫނެވެ. އަދި ކައިރި މުސްތަގުބަލެއްގައި އެ މަންޒަރު ފެނުން ވެސް ދުރެވެ. ސަބަބަކަށް ވަނީ ބަލީގެ ހާލަތު މުޅިން ހަމައަށް އެޅޭނެ ދުވަހެއް އަދި ނޭނގުމެވެ. މޭ، 17، 2020: އާބާދީގައި 600އަށް ވުރެ ގިނަ މީހުން އުޅޭ ށ. ނަރުދޫ ފުރަބަންދުގައި އޮތްއިރު އެ ރަށުގެ ކުދިންތަކެއް ގޭ ތެރޭގައި ބޯޅަ ކުޅެނީ: ޒަރޫރީ ކަމެއްގައި ނޫނީ ރަށު ތެރޭގައި ނޫޅުމަށް ވަނީ އިލްތިމާސްކޮށްފައި -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު މޭ، 17، 2020: އާބާދީގައި 600އަށް ވުރެ ގިނަ މީހުން އުޅޭ ށ. ނަރުދޫ ފުރަބަންދުގައި އޮތްއިރު އެ ރަށުގެ ކުދިންތަކެއް ގޭ ތެރޭގައި ބޯޅަ ކުޅެނީ: ޒަރޫރީ ކަމެއްގައި ނޫނީ ރަށު ތެރޭގައި ނޫޅުމަށް ވަނީ އިލްތިމާސްކޮށްފައި -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު މޭ، 17، 2020: އާބާދީގައި 600އަށް ވުރެ ގިނަ މީހުން އުޅޭ ށ. ނަރުދޫ ފުރަ ބަންދުގައި އޮތްއިރު ރަށުތެރެއިން ވަރަށް މަދުން ނޫނީ މީހެއްގެ ހިލަމެއް ވެސް ނުވޭ: މި ރަށަކީ މާލެއަށް ފަހު އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނުނު ރަށް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު ބަލިމަޑުކަން ރަށަށް އިތުރަށް، ފެތުރިގެން ނުދިޔުމަށް މި ރަށުގެ ރައްޔިތުން މި ދައްކަނީ ވަރަށް ވެސް ބޮޑު ނަމޫނާ އެކެވެ. ރަށުގެ ފިހާރަތައް ބަންދުކޮށްފައިވާ އިރު، ރަށުގެ ސޯޝަލް ސަޕޯޓް ޑެސްކުން ރަށަށް ބޭނުންވާ ތަކެތި އަންނަނީ ސީދާ ގެއާ ހަމައަށް ގެންގޮސް ދެމުންނެވެ. މި ރަށުގައި ބަލި ފެތުރުނީ ތިން ގެއެއްގަ އެވެ. އެއީ ޖުމްލަ 11 މީހެކެވެ. އެ އެންމެންނަކީ ވެސް ކައްޕިއާ އެކި ގޮތްގޮތުން ގުޅުން އޮންނަ ނޫނީ އާއިލާ މީހުންނެވެ. މި ރަށު ޓާސްކް ފޯހުގެ ވެރިޔާ، މޫސަ "ސަން" އަށް ވިދާޅުވެފައިވާ ގޮތުގައި، ކައްޕި ޕޮޒިޓިވްވީ ހިސާބުން އޭނާއާ ދިމާވި އެންމެން އެޗްޕީއޭގެ އިރުޝާދުތަކަށް އަމަލުކޮށް ގޭގައި އައިސޮލޭޓްވީ އަމިއްލަ އަށެވެ. އެންމެން ވެސް ފަރުދީ ޒިންމާ އަދާކުރި އެވެ. ބަލި ފެތުރިދާނެ ކަންކަން ނުކުރުމަށް އިރުޝާދު ދިނުމުން ރައްޔިތުން އެގޮތަށް އަމަލު ކުރި ކަމަށް މޫސަ ވިދާޅުވި އެވެ. ބަލި ޖެހުނު މީހުންނާއި އެ މީހުންގެ އާއިލާތަކަށް ރަށު މީހުންގެ ފަރާތުން އެހީތެރިވެ، އެ މީހުންގެ ހިތާމައިގައި ބައިވެރިވި އެވެ. "ރަށުގެ ހުރިހާ މަގުތަކެއް މުޅި ރަށް އޮތީ އެއްކޮށް ފަޅުވެފައި. އަޅުގަނޑުމެން ދަރުމައަށް ގޭގައަށް ފޯރުކޮށްދޭން ޖެހޭ ތަކެތި ފޯރުކޮށްދޭން ކައުންސިލުން ނެެރެގެން އުޅޭ ދަރުމައަށް މަސައްކަތް ކުރާ ބޭފުޅަކު ފިޔަވައި އިތުރު އެއްވެސް މީހަކު މަގުމަތިން ނުފެންނާނެ. ހުރިހާ އެންމެން އެ ތިބީ ގެއަށް ވަދެ ގޭގައި މިވަގުތު. ވަރަށް ބަސް އަހާ ވަރަށް ކިޔަމަންތެރި ރައްޔިތުންކޮޅެއް އަޅުގަނޑުމެންނަށް ފާހަގަވެގެން ދަނީ،" މޫސަ ވިދާޅުވެފައިވެ އެވެ. އަހަންނަށް އެއްކުރެވުނު ފޮޓޯތަކުން މޫސަގެ ވާހަކައަށް ހެކިދެ އެވެ. ބައެއް މަގުތަކުން ހިނގާލާފައި ދާއިރު މި އުޅެވެނީ ފަޅުރަށެއްގައޭ ވެސް ހިތަށް އެރިފަހަރުތައް ދިޔަ އެވެ. އެހާވެސް ބޮޑަށް މި ރަށަށް ވަނީ ހިމޭންކަން ވެރިފަ އެވެ. ކުރިން އޮތް ދިރުން ގެއްލި، މުޅި ރަށަށް ވެރިވެފައި ވަނީ ހިމޭންކަމުގެ ސާލެކެވެ. އެންމެންގެ ހިތާމައަކީ، އާއިލީ ގޮތުން ގާތް ތިމާގެކަން ނެތަސް، ރަށުގެ ބަޔަކު މި ނުރައްކާ ރޯގާގެ ޝިކާރައަކަށް ވުމެވެ. މޭ، 17، 2020: އާބާދީގައި 600އަށް ވުރެ ގިނަ މީހުން އުޅޭ ށ. ނަރުދޫ ފުރަ ބަންދުގައި އޮތްއިރު ރަށުތެރެއިން ވަރަށް މަދުން ނޫނީ މީހެއްގެ ހިލަމެއް ވެސް ނުވޭ: މި ރަށަކީ މާލެއަށް ފަހު އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނުނު ރަށް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު މޭ، 17، 2020: އާބާދީގައި 600އަށް ވުރެ ގިނަ މީހުން އުޅޭ ށ. ނަރުދޫ ފުރަ ބަންދުގައި އޮތްއިރު ރަށުތެރެއިން ވަރަށް މަދުން ނޫނީ މީހެއްގެ ހިލަމެއް ވެސް ނުވޭ: މި ރަށަކީ މާލެއަށް ފަހު އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނުނު ރަށް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު މޭ، 17، 2020: އާބާދީގައި 600އަށް ވުރެ ގިނަ މީހުން އުޅޭ ށ. ނަރުދޫ ފުރަ ބަންދުގައި އޮތްއިރު ރަށުތެރެއިން ވަރަށް މަދުން ނޫނީ މީހެއްގެ ހިލަމެއް ވެސް ނުވޭ: މި ރަށަކީ މާލެއަށް ފަހު އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނުނު ރަށް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު މޭ، 17، 2020: އާބާދީގައި 600އަށް ވުރެ ގިނަ މީހުން އުޅޭ ށ. ނަރުދޫ ފުރަ ބަންދުގައި އޮތްއިރު ރަށުތެރެއިން ވަރަށް މަދުން ނޫނީ މީހެއްގެ ހިލަމެއް ވެސް ނުވޭ: މި ރަށަކީ މާލެއަށް ފަހު އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނުނު ރަށް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު މި ރަށުގެ ރައްޔިތުންނަކީ، ދަނޑުވެރިކަމުން އާމްދަނީ ހޯދަމުން އައި ބައެކެވެ. ހާއްސަކޮށް ރޯދަމަހާ ދިމާކޮށް އެ މީހުން ހައްދާ ތަކެތި މާލެ ފޮނުވައިގެން ރަނގަޅު އާމްދަނީއެއް ހޯދި އެވެ. އެކަމަކު މިފަހަރު ކަންދިމާކުރި ގޮތުން ދަނޑުތަކަށް ވެސް ރަނގަޅަށް އަޅާ ނުލެވި ރަނގަޅު އާމްދަނީއެއް ވެސް ރަށަކަށް ނުހޯދުނެވެ. މި ރަށުގެ ބައެއް ދަނޑުވެރިން ބުނި ގޮތުގައި ގޭގައި ތިބެން ޖެހުމުން ދަނޑުތަކަށް ވެސް ރަނގަޅަށް އަޅައެއް ނުލެވެ އެވެ. ބައެއް ދަނޑުތަކުގައި އެއްޗިހި ފާވެ، ހަލާކުވެސް ވެފައި ހުއްޓެވެ. އަދި ނަރުދުއަށް ދަތުރުކުރުން ހުއްޓިފައި ވާތީ، ތަކެތި ރަށުން ބޭރަށް ވިއްކޭނޭ މަގުތައް ވެސް އޮތީ ބަންދުވެފަ އެވެ. ނަރުދޫގެ ދަނޑުތައް އަޅާ ނުލާ ދޫކޮށްލާފައި: ފުރަބަންދާ ހުރެ އެންމެ ބޮޑު ގެއްލުމެއްވީ ރަށުގެ ދަނޑުވެރިންނަށް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު ނަރުދޫގެ ދަނޑުތަކެއް: ފުރަބަންދާ އެކު ނަރުދޫ ދަނޑުވެރިން ތިބެން ޖެހުނީ ހުސްއަތާ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު ނަރުދޫއަށް ބޮޑު އާމްދަނީއެއް ލިބެމުން އައި ދަނޑުވެރިކަން: ނަމަވެސް ފުރަބަންދާ އެކު އެ އާމްދަނީ ވަނީ ހުއްޓިފައި -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު މި ހުރިހާ ތަކުލީފަކާ އެކުވެސް މި ރަށުގެ ރައްޔިތުން އުންމީދު ގެއްލުވައެއް ނުލަ އެވެ. މުސްތަގުބަލަށް ޓަކައި އެ މީހުން ދެކޭ ހުވަފެންތައް ގިނަ އެވެ. އެ ހުވަފެންތައް ހަގީގަތަކަށް ހަދަން މި ރަށުގެ އެންމެން ބޭނުންވާ ކަމުގެ އެންމެ ބޮޑު ދަލީލަކީ ސިއްހީ މާހިރުންގެ ބަސް މި ރަށުގެ ރައްޔިތުން އަހާލެއް ބޮޑުކަމެވެ. ކުޑަ އާބާދީއެއް ނަމަވެސް މި ރައްޔިތުންގެ ހޭލުންތެރިކަން ބޮޑެވެ. މި ރަށުން ބަލި ޖެހުނު މީހުން މިވަގުތު ތިބީ، ކަރަންޓީނަށް ރަށުން ބޭރުގަ އެވެ. އެ މީހުން ތިބީ ބަލި ރަނގަޅުވުމުގެ މަގުމަތީގަ އެވެ. އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް މި ރަށުގެ ޓާސްކް ފޯހުން ބުނެ އެވެ. މި ރަށުތެރެ ބަލައިލަން އަހަންނަށް ލިބުނު 30 ހަކަށް މިނެޓް މިހަމަވީ އެވެ. މި ރަށުން ފައިބައިގެން އަހަރެން މިދަނީ އަދި މިރަށަށް އާދެވޭނެ ކަމުގެ އުންމީދުގަ އެވެ. މި ރަށުގެ ރައްޔިތުންނެކޭ އެއްގޮތަށް އަހަރެންގެ އުންމީދަކީ ވެސް ދެން އަންނަ ދަތުރަކަށް ހާލަތު ބަދަލުވެ، ތަފާތު ފޮޓޯތަކެއް އަހަރެންގެ ކެމެރާގައި ރައްކާކުރުމެވެ. އަހަރެން އަޖައިބުވީ ކަމަކީ މި ރަށުގެ ރައްޔިތުންގެ ކެތްތެރިކަމެވެ. ޝަކުވާއެއް ނެތި، މި ހާލަތުން އަރައިގަންނަން މި ކުޑަކުޑަ ނަރުދޫވީ ގުރުބާނީން އަހަރެން އަޖައިބު ކޮށްފި އެވެ. މިއީ އެެހެން ރަށްރަށުން ބަލައިގަންނަންވީ ރީތި ފުރިހަމަ ނަމޫނާ އެކެވެ. މޭ، 17، 2020: އާބާދީގައި 600އަށް ވުރެ ގިނަ މީހުން އުޅޭ ށ. ނަރުދޫ ފުރަ ބަންދުގައި އޮތްއިރު ރަށުތެރެއިން ވަރަށް މަދުން ނޫނީ މީހެއްގެ ހިލަމެއް ވެސް ނުވޭ: މި ރަށަކީ މާލެއަށް ފަހު އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނުނު ރަށް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު މޭ، 17، 2020: އާބާދީގައި 600އަށް ވުރެ ގިނަ މީހުން އުޅޭ ށ. ނަރުދޫ ފުރަ ބަންދުގައި އޮތްއިރު ރަށުތެރެއިން ވަރަށް މަދުން ނޫނީ މީހެއްގެ ހިލަމެއް ވެސް ނުވޭ: މި ރަށަކީ މާލެއަށް ފަހު އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނުނު ރަށް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު މޭ، 17، 2020: އާބާދީގައި 600އަށް ވުރެ ގިނަ މީހުން އުޅޭ ށ. ނަރުދޫ ފުރަ ބަންދުގައި އޮތްއިރު ރަށުތެރެއިން ވަރަށް މަދުން ނޫނީ މީހެއްގެ ހިލަމެއް ވެސް ނުވޭ: މި ރަށަކީ މާލެއަށް ފަހު އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނުނު ރަށް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު މޭ، 17، 2020: އާބާދީގައި 600އަށް ވުރެ ގިނަ މީހުން އުޅޭ ށ. ނަރުދޫ ފުރަ ބަންދުގައި އޮތްއިރު ރަށުތެރެއިން ވަރަށް މަދުން ނޫނީ މީހެއްގެ ހިލަމެއް ވެސް ނުވޭ: މި ރަށަކީ މާލެއަށް ފަހު އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނުނު ރަށް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު މޭ، 17، 2020: އާބާދީގައި 600އަށް ވުރެ ގިނަ މީހުން އުޅޭ ށ. ނަރުދޫ ފުރަ ބަންދުގައި އޮތްއިރު ރަށުތެރެއިން ވަރަށް މަދުން ނޫނީ މީހެއްގެ ހިލަމެއް ވެސް ނުވޭ: މި ރަށަކީ މާލެއަށް ފަހު އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނުނު ރަށް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު މޭ، 17، 2020: އާބާދީގައި 600އަށް ވުރެ ގިނަ މީހުން އުޅޭ ށ. ނަރުދޫ ފުރަ ބަންދުގައި އޮތްއިރު ރަށުތެރެއިން ވަރަށް މަދުން ނޫނީ މީހެއްގެ ހިލަމެއް ވެސް ނުވޭ: މި ރަށަކީ މާލެއަށް ފަހު އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނުނު ރަށް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު މޭ، 17، 2020: އާބާދީގައި 600އަށް ވުރެ ގިނަ މީހުން އުޅޭ ށ. ނަރުދޫ ފުރަ ބަންދުގައި އޮތްއިރު ރަށުތެރެއިން ވަރަށް މަދުން ނޫނީ މީހެއްގެ ހިލަމެއް ވެސް ނުވޭ: މި ރަށަކީ މާލެއަށް ފަހު އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނުނު ރަށް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު މޭ، 17، 2020: އާބާދީގައި 600އަށް ވުރެ ގިނަ މީހުން އުޅޭ ށ. ނަރުދޫ ފުރަ ބަންދުގައި އޮތްއިރު ރަށުތެރެއިން ވަރަށް މަދުން ނޫނީ މީހެއްގެ ހިލަމެއް ވެސް ނުވޭ: މި ރަށަކީ މާލެއަށް ފަހު އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނުނު ރަށް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު މޭ، 17، 2020: އާބާދީގައި 600އަށް ވުރެ ގިނަ މީހުން އުޅޭ ށ. ނަރުދޫ ފުރަ ބަންދުގައި އޮތްއިރު ރަށުތެރެއިން ވަރަށް މަދުން ނޫނީ މީހެއްގެ ހިލަމެއް ވެސް ނުވޭ: މި ރަށަކީ މާލެއަށް ފަހު އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނުނު ރަށް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު މޭ، 17، 2020: އާބާދީގައި 600އަށް ވުރެ ގިނަ މީހުން އުޅޭ ށ. ނަރުދޫ ފުރަ ބަންދުގައި އޮތްއިރު ރަށުތެރެއިން ވަރަށް މަދުން ނޫނީ މީހެއްގެ ހިލަމެއް ވެސް ނުވޭ: މި ރަށަކީ މާލެއަށް ފަހު އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނުނު ރަށް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު މޭ، 17، 2020: އާބާދީގައި 600އަށް ވުރެ ގިނަ މީހުން އުޅޭ ށ. ނަރުދޫ ފުރަ ބަންދުގައި އޮތްއިރު ރަށުތެރެއިން ވަރަށް މަދުން ނޫނީ މީހެއްގެ ހިލަމެއް ވެސް ނުވޭ: މި ރަށަކީ މާލެއަށް ފަހު އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނުނު ރަށް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
ފޮޓޯއިން - ނަރުދޫ، ދުވަހަކު ނުދެކޭ ހިމޭންކަމެއްގައި!
ރިސޯޓުތަކުގައި ތިބި ސްޓާފުންނަށް ރަށަށް ދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. ކޮވިޑް-19ގެ ހާލަތާ ގުޅިގެން ރިސޯޓުތަކުން ނުފޭބި ގިނަ އަދަދެއްގެ ރިސޯޓު މުވައްޒަފުން ރިސޯޓުތަކުގައި ތާށިވެފައި އެބަ ތިއްބެވެ. އާއިލާއާ ދުރުގައި ގިނަ ދުވަސް ހޭދަ ކުރަން ޖެހުމުން އެ މީހުން އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރެ އެވެ. ނޭޝަނަލް އިމަޖެންސީ އޮަޕރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ލޮކްޑައުން ކުރުމުގެ ސަބަބުން ރިސޯޓުތަކުގައި ތާށިވެފައި ތިބި މުވައްޒަފުންނަށް އަނބުރާ ރަށަށް ދެވޭނެ ގޮތް ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. "މީގެ ކުރިން ފުރަބަންދުގައި ތިބި ރިސޯޓުތަކުގައި ތިބި ސްޓާފުންނަށް އަނބުރާ ރަށަށް ދިޔުމުގެ އިންތިޒާމުތައްވެސް ހަމަޖެއްސުމުގެ މަސައްކަތްވެސް އަޅުގަނޑުމެން މިދަނީ ކުރަމުން،" އަލީ ވަހީދު ވިދާޅުވި އެވެ. "އިރާދަކުރެއްވިއްޔާ ރިސޯޓުތަކުގެ މެނޭޖްމަންޓުތަކާއި ގުޅުގެން ރަށަށް ނުދެވި ތިބި ސްޓާފުންނަށް ރަށާ ހަމައަށް ދެވުނުކަން ކަށަވަރު ކުރަން މަސައްކަތްކޮށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާނެ ވާހަކަ ދަންނަވަން،" މީގެ ކުރިން ރިސޯޓުން ފޭބޭ ގޮތަށް އޮތީ އެންމެ ފަހު ޓޫރިސްޓު ފައިބާތާ 14 ދުވަސް ފަހުންނެވެ. އެހެން ނަމަވެސް، އެ ފަހުން ރާއްޖޭގެ އެއްވެސް ރަށަކުން އެހެން ރަށަކަށް ދަތުރު ނުކެރެވޭ ގޮތަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ އެންގުމެއް ނެރެފަ އެވެ. ކޮވިޑް-19އާ ގުޅިގެން މީހުން ކަރަންޓީނު ކުރުމަށް ރާއްޖޭގެ 16އަށް ވުރެ ގިނަ ރިސޯޓު މިހާރުވެސް ދަނީ ބޭނުން ކުރަމުންނެވެ. އޭގެ ތެރެއިން 10 ރިސޯޓުގައި އަދިވެސް ފަތުރުވެރިން އެބަ ތިބި ކަމަށްވެސް ޓޫރިޒަމް މިނިސްޓަރު މިއަދު ވިދާޅުވި އެވެ.
ރިސޯޓް ސްޓާފުނަށް ރަށަށް ދެވޭނެ އިންތިޒާމް އެބަ ހަމަޖައްސަން: މިނިސްޓަރު
ހިފާފައިވާ ގުދްސު (18 މެއި 2020): އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫއާއި އިދިކޮޅު ލީޑަރު ބެނީ ގަންޓްސް ގުޅިގެން އެކުލަވާލި ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރަށް އެގައުމުގެ ޕާލަމެންޓުން ރުހުން ދީފިއެވެ. މިއައު ސަރުކާރަށް އިތުބާރު އޮތްކަމަށް އިސްރާއީލުގެ ޕާލެމްންޓުގެ 120 މެންބަރުންގެ ތެރެއިން 73 މެމްބަރުން ވޯޓު ދިން އިރު ދެކޮޅަށް ވޯޓު ދީފައިވަނީ 49 މެންބަރުންނެވެ. މިޖަލްސާއަށް ހާޒިރުނުވަނީ އެންމެ މެންބަރެކެވެ. ނަތަންޔަހޫ އަށް 18 މަސް ގަންޓްސް އަށްވެސް 18 މަސް ނަތަންޔާހޫއާއި ގަންޓްސް ގުޅިގެން ސަރުކާރެއް އެކުލަވާލާފައިވަނީ 18 މަސްވަންދެން ބޮޑުވަޒީރުކަމުގައި ނަތަންޔާހޫ ހުންނަވާ ގޮތަށެވެ. އަނެއް 18 މަހުގައި ގަންޓްސް ބޮޑުވަޒީރުކަމުގައި ހުންނަވާ ގޮތަށެވެ. މިދެބޭފުޅުންގެ ވާދަވެރިކަން އެއްފަރާތް ކުރުމަށްފަހު ގުޅިގެން ސަރުކާރެއް އެކުލަވާލީ އިސްރާއީލުގައި އަހަރުދުވަހުގެ ތެރޭގައި ތިން ފަހަރަށް އިންތިޚާބު ބޭއްވި އިރުވެސް މިދެބޭފުޅުންގެ ދެޕާޓީއާއި އެދެޕާޓީ އާ ގުޅިފައިވާ ޕާޓީތަކަށްވެސް ސަރުކާރެއް އެކުލަވާލެވޭ ވަރަށް ޕާލަމެންޓުން ގޮނޑި ކާމިޔާބު ނުކުރެވުމުގެ ސަބަބުން އެހެން ގޮތެއް ނެތިގެންނެވެ. ކޮރަޕްޝަނާއި އަމާނާތަށް ޚިޔާނާތްތެރިވުމާއި މަކަރާއި އޮޅުވާލުމުގެ ތުހުމަތު ނަތަންޔާހޫ ގެ މައްޗަށް ނަތަންޔާހޫ ޖެހިޖެހިގެން ހަތަރު ދައުރު ބޮޑުވަޒީރުކަން ކުރެއްވިއިރު އޭނާގެ މައްޗަށް ކޮރަޕްޝަނުގެ އެތަށް ތުހުމަތެއް ތަހްގީގްތަކުން ސާބިތުވުމުން އެއާމެދު ހުކުމް ކުރުމަށްޓަކައި އެމައްސަލަތައް މިހާރުވަނީ ކޯޓަށް ފޮނުވާފައެވެ. ކޮރަޕްޝަނުގެ އިތުރުން އަމާނާތަށް ޚިޔާނާތްތެރިވުމާއި މަކަރާއި އޮޅުވާލުމުގެ ތުހުމަތުތައްވެސް ނަތަންޔާހޫގެ މައްޗަށް ތަހްގީގްތަކުން ސާބިތުވުމުން އެ މައްސަލަތައްވެސް ވަނީ ކޯޓަށް ފޮނުވާފައެވެ. ވެރިކަން ދޫކޮށް ނުލައްވައި އިދިކޮޅު ލީޑަރާ ގުޅިގެންވެސް ދުވަސްކޮޅަކު ވެރިކަމުގައި ހުންނެވޭތޯ ނަތަންޔާހޫ މަސައްކަތް ކުރައްވަނީ ވެރިކަމުގައި ހުންނެވުމުން ކޯޓުތަކަށް ނުފޫޒު ފޯރުވައި އެކަމުން ސަލާމަތް ވެވޭނެކަމުގެ އުންމީދުގައެވެ. ކޮރަޕްޝަނާއި މަކަރު ހެދުމާއި އަމާނާތަށް ޚިޔާނާތްތެރިވުމުގެ ތުހުމަތުތައް އަނބުރައި ނަގަން ޝަރުޢީ ދާއިރާއިން އެއްބަސްވާނަމަ ނަތަންޔާހޫ ހުންނެވީ ވެރިކަމުން އެއްކިބާވެ ވަޑައިގެން ސިޔާސީ ދާއިރާއިން ރިޓަޔާ ކުރައްވަން ތައްޔާރަށް ކަމަށް އޭނާގެ އަރިސް ފަރާތްތަކުން ބުނެފައިވެއެވެ. ނަތަންޔާހޫ އާއި ގަންޓްސް ގެ ސަރުކާރަށް ޕާލަމެންޓުން ރުހުން ދިނުމުގެ ކުރިން ނަތަންޔާހޫ އާއި އައު ސަރުކާރުގެ ކެބިނެޓް ވަނީ މަގާމުގެ ހުވާކުރައްވާފައެވެ. ފަލަސްތީނުގެ ބިންތަކުގެ 30 އިންސައްތަ އިސްރާއީލަށް ނަގަނީ ނަތަންޔާހޫ ގެ ބޮޑުވަޒީރު ކަމުގައި އިސްރާއީލުގައި އެކުލަވާލި ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރު ވުޖޫދަށް އައިއިރު އެ ސަރުކާރަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޮވިޑް-19 ގެ ސަބަބުން އިނދަޖެހިފައިވާ އިސްރާއީލުގެ އިގުތިސާދު އަލުން ކޮޅަށްޖެހޭނެ ގޮތްތަކެއް ހޯދުމެވެ. ނަމަވެސް އިސްރާއީލުގެ ބައިގިނަ ހަރުކަށި ޒަޔަނިސްޓް ޔަހޫދީންގެ މެދުގައި މަގްބޫލުކަން އިތުރު ކުރުމަށްޓަކައި ނަތަންޔާހޫ ވަނީ 1976 ގެ ހަނގުރާމައިގާ އިސްރާއީލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތަކުގެ ބޮޑުބައެއް އިސްރާއީލުގެ ބިމުގެ ގޮތުގައި ހެދުމަށް ވައުދުވެވަޑައިގެންފައެވެ. ހުޅަނގު އައްސޭރީގެ ބިމަކީ ފަލަސްތީނުގެ ބިމުގެ 23 އިންސައްތަ އެވެ. އެއީ ޣައްޒާގެ ފަސް ޕަސެންޓް ބިމާއެކު ފަލަސްތީނުގެ މިނިވަން ދައުލަތެއް އެބިމުގައި ގާއިމް ކުރެވިދާނެކަމަށް ފަލަސްތީނުން އުންމީދުކުރާ ހަމައެކަނި ބިންކޮޅެވެ. ނަމަވެސް ނަތަންޔާހޫ ވަނީ ހުޅަނގު އައްސޭރީގެ 30 ޕަސެންޓާއި 40 ޕަސެންޓާ ދެމެދުގެ ބިން އިސްރާއީލުގެ ބިމުގެ ގޮތުގައި ވަރަށް އަވަހަށް ހަމަޖައްސާނެކަމުގެ އިންޒާރު ފަލަސްތީނަށާއި އަދި މުޅި ދުނިޔެއަށް ދެއްވާފައެވެ. އެމެރިކާއަކީ އިސްރާއީލުގެ ޖަރީމާތަކުގެ ބައިވެރިއެއް މިހެން ހެދުމުން ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ ދައުލަތެއް އުފެއްދުމުގެ އުންމީދު ފަލަސްތީނުގެ ރައްޔިތުންނަށް ގެއްލިގެން ދިޔައީއެވެ. އެމެރިކާ ގެ މިހާރުގެ ސަރުކާރަކީ އިސްރާއީލުން ހިންގާ މިފަދަ ޣައިރު ގާނޫނީ ކޮންމެ އަނިޔާވެރިކަމެއްގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދޭނެ ސަރުކާރަކަށް ވާތީ އެމެރިކާގެ ވެރިކަން ބަދަލުނުވަނީސް މިކަން ކުރަން ނަތަންޔާހޫ ބޭނުންވެއެވެ. ނަތަންޔާހޫވަނީ 1976 ގެ ހަނގުރާމައިގާ އިސްރާއީލުން ހިފި ގުދްސުގެ އިރުމަތީ ފަޅިވެސް 2018 ވަނައަހަރު އިސްރާއީލުގެ ބިމަކަށް ހަދާފައެވެ. އަދި އެ ހަނގުރާމައިގާ އިސްރާއީލު ވެރިވެގަތް ސޫރިޔާގެ ގޯލާންގެ ބިންތައްވެސް ނަތަންޔަހޫވަނީ 2019 ވަނައަހަރު އިސްރާއީލުގެ ބިމަކަށް ހަދާފައެވެ. އިސްރާއީލުންކުރި މިހުރިހާ ޣައިރު ގާނޫނީ ކަމަކަށްވެސް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ ވަނީ ތާއީދުކޮށް އެކަމަށް ހިތްވަރު ދީފައެވެ. ސައޫދީ އާއި ޔޫއޭއީ ފަރުދާގެ އަނެއް ފަރާތުން އިސްރާއީލާ ގުޅުންތައް ބާއްވަނީ އަނެއްކޮޅުން އަމިއްލަ ސިޔާސީ ބޭނުންތަކުގައި އިސްރާއީލާއި އެމެރިކާގެ ތާއީދު ހޯދުމަށް ސައޫދީ އާއި ޔޫއޭއީ އާއި މިސްރުފަދަ އަރަބި ގައުމުތަކުގެ ލީޑަރުން މަސައްކަތް ކުރައްވަމުން ގެންދެވުމަކީވެސް މިޖަރީމާތައް ހިންގުމަށް ނަތަންޔާހޫ އަށް ލިބިފައިވާ ބޮޑު ހިއްވަރެކެވެ. ފަލަސްތީނާ ދެކޮޅަށް އިސްރާއީލުން ކޮންމެފަދަ ޖަރީމާއެއް ހިންގި ނަމަވެސް އަރަބި އިސް ގައުމުތައް ކަމަށްވާ ސައޫދީ، މިސްރު އަދި ޔޫއޭއީ އިން އެކަމާ އަޅާނުލާނެކަން ނަތަންޔާހޫއަށް އެނގުމަކީ މިކަމުގައި އޭނާއަށް ލިބުނު އެންމެބޮޑު ހިއްވަރު ކަމަށް ރިޕޯޓްތައް ބުނެއެވެ. އަރަބި ގައުމުތަކުގައި ހަނގުރާމައާއި ފިތުނަވެރިކަން މީގެއިތުރުން އަރަބި އެތަށް ގައުމެއްގައި ދާޚިލީ ހަނގުރާމަ ހިނގަމުން ދިޔުމާއި އަރަބި ގައުމުތަކުގެ މެދުގައި ފިތުނަ އުފެދިފައިވުމާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޙަމާސް ޖަމާއަތްފަދަ ޖަމާއަތްތަކަކީ ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި މިފަހަކަށް އައިސް ސައޫދީއާއި ޔޫއޭއީން ސިފަކުރަމުން ގެންދިޔުމަކީވެސް މިޖަރީމާއާ ގެން ކުރިޔަށް ދިޔުމަށް ނަތަންޔާހޫ އަށް ލިބުނު ހިއްވަރެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. ގުދްސުގެ އިރުމަތީ ފަޅިއާއި ސޫރިޔާގެ ގޯލާންގެ ބިންތައް އިސްރާއީލުގެ ތަނެއްގެ ގޮތުގައި ނަތަންޔާހޫ ހެދުމުންވެސް އަރަބި ގައުމުތަކުން ކުރި މާބޮޑު ކަމެއްނެތެވެ. އަރަބި ގައުމުތަކުގެ ތެރޭގައި ހިމެނޭ ނުފޫޒު ގަދަ ގައުމުތައް ކަމަށްވާ ސައޫދީ އާއި ޔޫއޭއީ އާއި މިސްރުފަދަ ގަައުމުތަކުން އެކަން އަނގަބަހުން ކުށްވެރިކޮށްލުން ފިޔަވައި އެހެން ކަމެއް ކޮށްފައެއް ނުވެއެވެ. މިސްރުން އިސްރާއީލާ ގުޅުން އުފައްދާފައިވާއިރު ސައޫދީ އާއި ޔުއޭއީ ގެންދަނީ ފަރުދާގެ އަނެއް ފަރާތުގައި އިސްރާއީލާއެކު ގުޅުންތައް ބާއްވަމުންނެވެ. (އަލްޖަޒީރާ + ނޫސް އެޖެންސީތައް)
ނުބައި ރޭވުމެއްގެ ދަށުުން އިސްރާއީލުގައި އާ ސަރުކާރެއް ގާއިމްކޮށްފި
މިވަގުތުގެ ނާޖާއިޒު ފައިދާ ނަގައިގެން ދީފާނެ ހަމަލާއަކުން ރާއްޖެ ދިފާއު ކުރުމަށް ސިފައިން ތިބީ ތައްޔާރަށް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެެރަލް އަބްދުﷲ ޝަމާލު ވިދާޅުވެއްޖެ އެވެ. މީޑިއާއަށް މައުލޫމާތު ދެއްވަމުން ޝަމާލު ވިދާޅުވީ ކޮވިޑް19ގެ މި ހާލަތުގައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ގިނަ އަދަދެއްގެ ސިފައިން މަސައްކަތް ކުރަމުންދިޔަ ނަމަވެސް ގައުމީ ސަލާމަތް ދެމެހެއްޓުމަށް ކުރާ މަސައްކަތަށް އެއްވެސް ހީނަރުކަމެއް ނާންނާނެ ކަމަށެވެ. "އަޅުގަނޑުމެން ނެޝަނަލް ސެކިއުރިޓީ ކޮމްޕްރޮމައިޒްއެއް ނުކުރާނަން. ނެޝަނަލް ސެކިއުރިޓީ ކޮމްޕްރޮމައިޒް ނުކުރާނަމޭ މި ދަންނަވާ ބަހުގެ މާނައަކީ އަޅުގަނޑުމެންގެ އެލީޓް ޔުނިޓުތައް މިހާރު ވެސް އެތިބީ ވަކިން ބައިތިއްބާފައި، ފޯސް ރިޒާވްކޮށްފައި އެތިބީ ވަކި ތަންތަނުގައި. ހާއްސަކޮށް ފޯސްގެ ލީތަލް ކޮމްބެޓް ކެޕޭސިޓީ އެއްވެސް ވަރަކަށް ޑިމިނިޝްވެގެން ނުދޭ. ކަމެއް ދިމާވެއްޖެއްޔާ އަޅުގަނޑުމެން މިތިބީ ތައްޔާރަށް،" ޝަމާލް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ކޮމްބެޓް ޔުނިޓްތައް އެތިބީ ޕްރިޒާވްކޮށްފައި އަދި ކޮންމެ ދުވަހަކު އެ ރިވިއުކޮށް، ކަމެއް ދިމާވެއްޖެއްޔާ އެކަމަކަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށް މިތިބީ ތައްޔާރަށް. ގައުމީ ސަލާމަތް މިކަމުގެ ސަބަބުން އަދި މިކަހަލަ ނާޒުކު ދަނޑިވަޅެއްގައި އެއްވެސް ބަޔަކު މީގެ އެޑްވާންޓޭޖް ނަގައިގެން ކަމެއް ކުރަން ރާވާ ކަމަށް ވާނަމަ އެކަމަކަށް ވެސް ވިސްނާނަން،" ކޮވިޑް19 އާ ގުޅޭ އެކި ކަންކަމުގައި ގިނަ އަދަދެއްގެ ސިފައިން (ހާއްސަކޮށް ސަޕޯޓް ސާވިސްގެ ސިފައިން) ދަނީ ކަމާބެހޭ ފަރާތްތަކާއެކުގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރަމުންނެވެ. މިހާތަނަށް 40 އަށްވުރެ ގިނަ ސިފައިން ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފަ އެވެ.
ދީފާނެ ހަމަލާއަކުން ރާއްޖެ ދިފާއު ކުރުމަށް ސިފައިން ތިބީ ތައްޔާރަށް: ޝަމާލް
ރާއްޖޭގެ ޕެންޝަން ފަންޑުގައި ބައިވެރިވެފައިވާ މީހުންގެ ތެރެއިން 50 ޕަސެންޓް މީހުންގެ އެކައުންޓްގައި އެއް ލައްކައެއްހާ ރުފިޔާ ވެސް ނެތް ކަމަށް ޕެންޝަން އޮފީހުން މިއަދު ހާމަކޮށްފި އެވެ. މިއަދު ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕެންޝަން އޮފީހުގެ އެކްޓިން ސީއީއޯ ފާތިމަތު ސުޖާތާ ހަލީމް ވިދާޅުވީ މިހާތަނަށް ޕެންޝަން ފަންޑުގައި 154،385 މީހަކު ބައިވެރިވެފައިވާ އިރު ރަނގަޅު އަދަދެއްގެ ބެލެންސެއް ހުރީ އެންމެ ދެ ޕަސެންޓް މީހުންގެ އެކައުންޓްގައި ކަމަށެވެ. އެއީ 450،000 ރުފިޔާގެ ބެލެންސެކެވެ. "ވަކިވަކިން އެކައުންޓްތަކުގެ ބެލެންސަށް ބަލާ ކަމަށް ވަންޔާ 10،000 ރުފިޔާއިން ދަށުގައި 19 ޕަސެންޓް މީހުންގެ ބެލެންސް މިހުރީ. ފަންޑުގައި ތިބި ޖުމްލަ އެކައުންޓްގެ ތެރެއިން 50 ޕަސެންޓް ބޭފުޅުންގެ އެކައުންޓް ބެލެންސް މި އުޅެނީ 100،000 ރުފިޔާއަށް ވުރެ ދަށުގައި،" ސުޖާތާ ވިދާޅުވި އެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވީ، ފަންޑުގައި ތިބި 50 ޕަސެންޓް މީހުންނަކީ 45 އަހަރަށް ވުރެ ދަށުގެ މީހުން ކަމަށް ވާތީ، ޕެންޝަން ލިބެން ވާއިރަށް ކުރިއަށް އޮތްތަނުގައި އެ މީހުންގެ ޕެންޝަން އެކައުންޓަށް ރަނގަޅު އަދަދެއް ޖަމާވުމުގެ ފުރުސަތު އޮންނާާނެ ކަމަށެވެ. ފާއިތުވި 10 އަހަރުގެ ތެރޭގައި ޕެންޝަން ފަންޑުގައި ހުރި ފައިސާ އިންވެސްޓުކޮށްގެން 3.9 ބިލިއަން ރުފިޔާގެ ފައިދާ އެއް ލިބިފައިވާކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ޕެންޝަން ފަންޑުން އިންވެސްޓުކޮށްގެން ލިބޭ ފައިދާ ހުރީ ފަސް ޕަސެންޓަށްވުރެ ދަށް ނޫން އަދަދެއްގައި ހިފެހެއްޓިފައި ކަމަށް ސުޖާތާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޕެންޝަން ފަންޑުގެ ހައްގުވެރިންނަށް އެންމެ ފައިދާ ބޮޑުވާނެހެން އެންމެ ފައިދާ ރަނގަޅު ތަންތަނުގައި އިންވެސްޓު ކުރަމުންދާ ކަމަށެވެ. މީގެ ބޭނުމަކީ ޕެންޝަނަށް ރައްކާކުރާ ފައިސާ އިތުރުކޮށް އޭގެ އަގު ހިފަހައްޓާ، ފަންޑުގެ މެންބަރުންނަށް ލިބޭ ފައިދާ އިތުރުކުރުން ކަމަށް ސުޖާތާ ވިދާޅުވި އެވެ. ފެންޝަނަށް ރައްކާކުރާ ފައިސާއިން އެހެން ކަމެއް ކުރުން ރަނގަޅު ނޫން ކަމަށާއި އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ކަންކުރާ އުސޫލު ނޫންކަމަށް ސުޖާތާ ވިދާޅުވި އެވެ. "ނަމަވެސް އިތުރު ކޮންޓްރިބިއުޝަނެއް ލައިގެން އެހެންކަންތައްތަކަށް ސޭވްކުރުމަކީ ހަމަ ކުރެވިދާނެ ކަމެއް. ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ކުރަމުން އަންނަކަމެއް. ޕެންޝަން ކޮންޓްރިބިއުޝަނުން ފައިސާ ނެގުމަކީ އެހާ ރަނގަޅުކަމެއް ނޫން." ސުޖާތާ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ޕެންޝަން ފަންޑުގެ އިންވެސްޓްމަންޓްތައް ފުޅާކުރުމަށް ވޯލްޑް ބޭންކުގެ އެހީގައި ދިރާސާއެއް ހަދަމުންދާ ކަމަށެވެ. އަދި އިތުރު ބެނެފިޓް ސްކީމްތައް ތައާރަފުކޮށް ފަންޑު ފުޅާކުރަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން މަސައްކަތުގައި އުޅެނިކޮށް ލިބޭ އަނިޔާއެއްގެ ސަބަބުން އާމްދަނީ ލިބޭނެ ގޮތެއް ނެތް ހާލަތުގައި ފައިސާ ލިބޭނެ ސްކީމެއް އެކުލަވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މަސްވެރިންނާއި ދަނޑުވެރިންނަށް ހާއްސަ ސްކީމެއްގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
އެހެން މަންޒަރެއް، ގިނަ މީހުންގެ ޕެންޝަން ފަންޑް ލަކައަކަށް ވެސް ނާރާ!
މިނިސްޓަރު އަލީވަހީދު ވިދާޅުވީ ފަތުރުވެރިން ނިސްބަތްވާ ގައުމުތަކުގެ ފްލައިޓުތަކުގައި އެ މީހުން އަނބުރާ ދިޔުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށެވެ. މީގެ ކުރިންވެސް ރާއްޖޭގައި ތިބި އެކި ގައުމުތަކުގެ ފަތުރުވެރިންނާއި ބިދޭސީ މަސައްކަތްތެރިން އަނބުރާ ގައުމަށް ގެންދިޔުމަށް އެ ގައުމުތަކުގެ ފްލައިޓުތައް ވަނީ ރާއްޖެ އައިސްފައެވެ. އަދި މޯލްޑިވިއަން އިން ވެސް ވަނީ ރާއްޖޭގައ ތިބި ބައެއް ގައުމުތަކުގެ ފަތުރުވެރިންނާއި ރައްޔިތުން ގައުމަށް ގެންދިޔުމަށް ޗާޓާޑް ދަތުރުތަކެއް ކޮށްފައެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް އަލުން ފަށާނެކަމުގެ އިޝާރާތެއް މިނިސްޓަރު ދެއްވިއެވެ. "މާލޭގައި ކޮމިޔުނިޓީ ސްޕްރެޑް އައުމާއެކު މަޑުޖެހިފައި އޮތް އޮތުމެއް އެއީ ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ރާއްޖެ އާދެވޭނެ ގޮތްތަައް ހަމަޖެއްސުން. ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ އެއް ފެސިލިޓީ ކަނޑައަޅުއްވާ ދެއްވާފައި. އެހެން ގައުމުތަކުން މީހުން ބަލާ އަންނަ ފްލައިޓުތަކުގައި އެގައުމުތަކުގައި ތިބި ދިވެހިން ގެނައުމުގެ މަަސައްކަތް ހާރިޖީ ވުޒާރާއާ ގުޅިގެން އެކަން ކުރަން. މި ފުރުސަތުތަކުގެ ތެރޭގައި އެހެން ގައުމުތަކުގައި ތިބި ދިވެހިންނަށް ރާއްޖެ އާދެވޭނެ ގޮތް ހަމަޖެއްސުމަށް މަސައްކަތް ކުރާނަން،" މިނިސްޓަރު ވިދާޅުވިއެވެ. ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް މެދުކަނޑާލާފައިވަނީ މާލޭގައި ކޮމިޔުނިޓީ ސްޕްރެޑެއް އުފެދި، ކަރަންޓީނު ކުރަންޖެހޭ މީހުން ގިނަވުމުން ފެސިލިޓީގެ ދަތިކަން އަންނާނެތީއެވެ. ރާއްޖެއިން ބޭރުން އަންނަ ދިވެހިން ރާއްޖެ އައިސް 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަންޖެހެއެވެ. މިނިސްޓަރު ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ފެސިލިޓީސްތައް ކަރަންޓީނު މަތރުކަޒުތަކުގެ ގޮތުގައި ބޭނުންކުރަން ދީފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވައިފައެވެ. ރާއްޖެއިން މިހާތަނަށް 214 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. ބަލިން ރަނގަޅުވެފައިވަނީ 17 މީހެކެވެ.
ރާއްޖޭގައި 50 ގައުމެއްގެ 187 ފަތުރުވެރިން އެބަތިބި: މިނިސްޓަރު އަލީ
ބޭރު ފައިސާގެ ތާށިކަމެއް ރާއްޖެއަށް މި އަހަރުގެ ތެރޭގައި ދިމާނުވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ. މިއަދު ފިނޭންސުން މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ، ބޭރު ފައިސާ ހޯދުމަށް މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވާ 300 މިލިއަން ޑޮލަރުގެ ސަމުރާއީ ބޮންޑެއް ވިއްކުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އަދި މިހާރުވެސް ދައުލަތުގެ ޖުމްލަ ރިޒާވްގައި 800 މިލިއަން ޑޮލަރު އެބަހުރި ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި ބޭނުން ކުރެވޭ ގޮތަށް ރިޒާވްގައި ހުންނަ ފައިސާ، ނޫނި ޔޫސަބަލް ރިޒާވް 231 މިލިއަން ޑޮލަރުގެ ހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މީގެ އިތުރުން ބޭރުގެ ގައުމުތަކުން މިހާރު ވެސް ރާއްޖެއަށް އެކި ގޮތްގޮތުން 290 މިލިއަނެއްހާ ޑޮލަރު ޔަގީން ކުރެވިފައިވާ ކަމަށާއި އިތުރު ފައިސާ ހޯދުމުގެ މަސައްކަތް ވެސް ކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. "އެހެން ވީމާ ރާއްޖެއަށް ބޭރު ފައިސާގެ ތާށި ކަމެއް ނެތް. އަދި ކުރިއަށް އޮތްތާގައިވެސް އޮންނާނެ ކަމަކަށް ނުބެލެވޭ،" މިނިސްޓަރު ވިދާޅުވި އެވެ. ޗައިނާ އިސްވެ އޮވެ އުފައްދާފައިވާ، އޭޝިއަން އިންފްރަސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) މެދުވެރިކޮށް ވޯލްޑް ބޭންކުގެ ޕްރޮކެޓަކަށް ފައިނޭންސް ހޯދަން މަސައްކަތް ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިހާތަނަށް ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ 290 މިލިއަނެއްހާ ޑޮލަރުގެ ތެރެއިން އަދި ލިބިފައި ވަނީ، 61.9 މިލިއަން ޑޮލަރެވެ. އެއީ؛ ވޯލްޑް ބޭންކުން - 17.3 މިލިއަން ޑޮލަރު އޭޝިއަން ޑިވަލޮޕްމަންޓް ބޭންކް (އޭޑީބީ)އިން - 0.6 މިލިއަން ޑޮލަރު އިސްލާމިކް ޑިވަލޮޕްމަންޓް ބޭންކުން - 15.1 މިލިއަން ޑޮލަރު އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން - 28.9 މިލިއަން ޑޮލަރު މިނިސްޓަރު ވިދާޅުވީ މިވަގުތު އިގްތިސާދީ ހަރަކާތްތައް މަޑުޖެހިފައި ވާތީ، ބޭރު ފައިސާއަށް އޮންނަ ޑިމާންޑް ބޮޑުވެ ދިވެހި ރުފިޔާގެ އަގު ވެއްޓި އެކަމުގެ ސަބަބުން ތަކެތީގެ އަގު ބޮޑުވުން ނުވަތަ އިންފްލޭޝަނެއް އައިސްފާނެ ކަމަކަށް ނުބެލެވެ އެވެ. އަދި ރާއްޖެއަށް ގިނަ ފަހަރަށް އަންނަނީ ބޭރުގައި ތަކެތީގެ އަގުތައް ބޮޑުވުމުގެ ސަބަބުން އަންނަ އިމްޕޯޓެޑް އިންފްލޭޝަންކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ، ބޭރުގެ މާކެޓްތަކުގައި ވެސް ތަކެތީގެ އަގު ކައިރި މުސްތަގު ބަލެއްގައި ބޮޑުވާނެ ކަމަކަށް ނުބެލެވެ އެވެ. އެހެން ކަމުން ދިވެހި ރުފިޔާގެ އަގު ހިފެހެއްޓި ބާޒާރު ހަމަ މަގެއްގައި ބެހެއްޓޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިދިޔަ އޭޕްރީލް މަސް ނިމުނު އިރު، މީރާ މެދުވެރިކޮށް ބޭރު ފައިސާގެ ގޮތުގައި ލިބިފައި ވަނީ 23.26 މިލިއަން ޑޮލަރެވެ. އެހެން ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތުގައި، 55.89 މިލިއަން ޑޮލަރު ލިބުނެވެ. ޓޫރިޒަމް ހުއްޓިފައި ވުމުން ބޭރު ފައިސާގެ އާމްދަނީ ރާއްޖެއަށް ލިބޭ ވަރު ވަރަށް ބޮޑުތަނުން މަދުވާނެ ކަމަށް ބެލެވެ އެވެ. މިއަހަރުގެ މިހާތަނަށް އަދި ލިިބިފައި ވަނީ، 193.88 މިލިއަން ޑޮލަރެވެ. ބޭރުފައިސާގެ ތާށިކަމެއް ކުރިމަތިވެދާނެތީ އެމްއެމްއޭއިން ވަނީ ބޭންކްތަކަށް ވިއްކާ ޑޮލަރުވެސް އިތުރުކޮށްފަ އެވެ.
ރާއްޖެއަށް ބޭރު ފައިސާގެ ދަތިކަމެއް ކުރިމައްޗެއް ނުވާނެ: ފިނޭންސް
މެދުއިރުމަތީ ގައުމުތަކުގެ ކެއުންތަކަކީ މިފަހަކަށް އައިސް ދިވެހިންގެ ތެރޭގައި އެންމެ ހިނގާ އެއް ރަހަ އެވެ. އަރަބި ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓްްތައް އިތުރުވުމާއި ގިނަ ބަޔަކު ޗުއްޓީ ހޭދަކޮށްލަން މިގައުމުތަކަށް ކުރާ ދަތުރުތަކަށްފަހު ތަފާތު އެކި ރަހަތައް ހިމެނޭ މި މުއްސަނދި ކުއިޒީން އަށް ހިތްދޫވަނީކަމަށްވެސް ވެދާނެ އެވެ. މިދިޔަ އަހަރުގެ ސަން ބަދިގޭގަވެސް މީރު ކެއުންތަކެއް ތައްޔާރުކޮށްލަދިން އައިމިނަތު ރުޚުޝާ އަހުމަދު(ތޫތަ) މިފަހަރުވެސް އަހަރެމެންނާއިއެކު ސަންބަދިގޭގައި ބައިވެރިވެ އެވެ. ރަޝިޔާއަށް ޑޮކްޓަރުކަން ކިޔެވުމަށް ކުރި ދަތުރުގައި ކެއްކުމަށް ހިތްދޫވިގޮތަށް ތޫތަ އަދިވެސް މިއުޅެނީ ބަދިގެތެރޭގައި އަވަދިނެތި އެވެ. ފޮނިތޮށިއެމްވީ އިންސްޓާގްރާމް ޕޭޖަށް އަހަރެމެން އެންމެ ގަޔާވާނެހެން ހީވާ ރެސިޕީތައް އިރުޝާދުތަކާއެކު އަޕްލޯޑްކުރަމުން ތަފާތު ކާއެއްޗެހީގެ އެކްސްޕެރިމަންޓްތައް ހަދަމުން ކެއްކުމުގެ ދުނިޔޭގައި ތޫތަ ފަސްބެލުމެއްނެތި ދަނީ ކުރިއަރަމުންނެވެ. މިއަދުގެ ސަން ބަދިގޭގައި ތޫތަ އަހަރެމެންނާ ހިއްސާކޮށްލީ ތަހިނީ ސޯސް ތައްޔާރުކުރާނެގޮތެވެ. އަރަބި ކެއުންތަކުގައި ރަހަހެޔޮވަރުކޮށްދިނުމުގެ މުހިއްމު ދައުރެއް އަދާކުރާ ތަހިނީ ސޯސް ތައްޔާރުކޮށްލުމަށް މިއޮތީ ވަރަށް ފަސޭހަ ރެސިޕީއެކެވެ. ބޭނުންވާތަކެތި: •150 ގުރާމް ސެސެމީ ސީޑް •20 އެމްއެލް އޮލިވް އޮއިލް ތައްޔާރުކުރާނެ ގޮތް: ތަވައެއްގަައި ސެސެމީ ސީޑްތައް މަޑުގިނީގައި ރަނގަޅަށް ހަނާކޮށްލާށެވެ. އެއަށްފަހު ފުޑް ޕްރޮސެސަރ އެއްގައި ސެސެމީ ސީޑްތައް އޮލިވްއޮއިލްފޮދު އަޅާލުމަށްފަހު މުގުރާލާނީއެވެ. ވަރަށް ފަސޭހައިން ތިތައްޔާރުކޮށްލެވުނީ ތަހިނީ ސޯސްއެވެ. 2 ހަފްތާވަންދެން ފްރިޖްގައި މިސޯސް ބަހައްޓައިގެން ބޭނުންކުރެވޭނެއެވެ. ތަހިނީ ސޯސްއަކީ ބިސްކޯދާއި އެކު ނުވަތަ ޓޯސްޓް ފޮއްޗަކާއިއެކުވެސް ކާލަން ކަމުދާނެ ޑިޝްއެކެވެ. ސަން ބަދިގޭގެ ކުރިއަށްހުރި ރެސިޕީތަކަށް އިންތިޒާރުކޮށްލާށެވެ. ތަހިނީ ސޯސް ބޭނުންކޮށްގެން ފަސޭހަކަމާއިއެކު ގޭގައި ހުމޫސް ތައްޔާރުކޮށްލަދޭނެގޮތްވެސް ތޫތަ މިފަހަރުގެ ސަންބަދިގެ ސީރީޒް މެދުވެރިކޮށް ހިއްސާކޮށްލަދޭނެއެވެ.
ފޮނިތޮށިއެމްވީގެ ތަހިނީ ސޯސް ރެސިޕީ
ވޮޝިންޓަން (27 އެޕްރީލް 2020) : ކޮރޯނާވައިރަސް "ކޮވިޑް-19" ޖެހުނުކަން ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދު ތިން މިލިޔަނަށް ވުރެ މައްޗަށް ހިނގައްޖެ އެވެ. ކޮވިޑް-19ގެ ތަފާސްހިސާބުތައް އިތުބާރު ހުރި ގޮތެއްގައި ބަލަހައްޓަމުން ގެންދާ އެމެރިކާގެ ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ލައިވް ޓްރެކާ ދައްކާގޮތުން ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދުވަނީ 3,003,352 އަށް އަރައިފަ އެވެ. އެރޯގާގައި ދެލައްކައަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ޝިފާ ލިބުނު މީހުންގެ އަދަދުވަނީ ނުވަ ލައްކައާ ގާތްވެފައެވެ. ކޮވިޑް-19ގެ ސަބަބުން ފުރާނައަށް ނުރައްކާވާ ހާލަތަށް ގާތްގަނޑަކަށް 60 ހާސް މީހުން ގޮސްފައިވާއިރު އެރޯގާ ޖެހިފައިވާ މީހުންގެ ތެރެއިން 1.8 މިލިޔަން މީހުންނަށް ދަނީ ޝިފާލިބެމުންނެވެ. ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައި ވަނީ އެމެރިކާގައެވެ. އެމެރިކާގައި އެރޯގާއަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު މިލިޔަނަކާ ގާތްވެފައިވާއިރު 55 ހާހަށް ވުރެ ގިނަ މީހުންވަނީ މަރުވެފަ އެވެ. މި ރޯގާގައި އެމެރިކާއިން ދޮޅު ލައްކަ މީހުން މަރުވާނެކަމަށް އެގައުމުގެ ތަޖްރިބާކާރުން ވަނީ އަންދާޒާ ކޮށްފަ އެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި މިހާތަނަށް ކާމިޔާބު ހޯދާފައި ވަނީ މަދުގައުމަކުންނެވެ. އޭގެތެރޭގައި ޗައިނާއާއި ޗައިނާގެ ބައެއްގެ ގޮތުގައި ވަކި ވެރިކަމެއްކުރާ ޓައިވާން ހިމެނެއެވެ. މީގެއިތުރުން ދެކުނު ކޮރެއާއާއި މެލޭޝިއާ އިންވެސް ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ފާހަގަ ކުރެވޭވަރުގެ ކާމިޔާބީ ތަކެއްވަނީ ހޯދާފައެވެ.
ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ތިން މިލިޔަނަށްވުރެ މައްޗަށް ގޮސްފި
ކުރިއަށް އޮތް ދެ ތިން ހަފްތާ ތެރޭ ގައުމީ ޔުނިވާސިޓީގެ ކިޔެވުން ފެށޭތޯ ބަލަމުންދާ ކަމަށް އެ ޔުނިވާސިޓީއިން ބުނެފި އެެވެ. ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފް "ސަން" އަށް މިއަދު ވިދާޅުވީ ޔުނިވާސިޓީގެ ކިޔެވުން ކުރިއަށް ގެންދެވޭނެ ގޮތްތަކާމެދު މިހާރު މަޝްވަރާކުރަމުންދާ ކަމަށެވެ. އެމްއެންޔޫއިން ކިޔަވައިދިނުން ހުއްޓާލީ މިދިޔަ އޭޕްރީލް މަހުގެ މެދުތެރޭގަ އެެވެ. އަދި ރާއްޖޭގެ އެތެރޭގައި ކޮރޯނާވައިރަސް ހަލުވިކަމާއެކު ފެތުރެން ފެށުމުން ފުރަބަންދުކޮށްފައި ވާތީ، ކިޔެވުން މިހާތަނަށް ވެސް އޮތީ ނުފެށިފަ އެެވެ. ގައުމީ ޔުނިވާސިޓީން މީގެ ކުރިން އެކުލަވާޅައިފަިއވާ އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުން އަންނަ ޖޫން މަހު އިމްތިހާންތައް ޖުލައި މަހު އާ ސެމިސްޓާ ފެށޭނެ އެވެ. "މިހާރު މި ބަލަނީ ކިހިނެއްތޯ އިމްތިހާންތައް ކުރިއަށް ގެންދެވޭނީ. މިހާރު މިއޮތީ ހާލަތު ބަދަލުވެފައި. ކުރިން ކުދިން އެއްކޮށްލައިގެން ގެންދާނެގޮތަށް ނުގެންދެވޭނެ،" ޝަރީފް ވިދާޅުވި އެވެ. މިހާރުވެސް ހުއްޓުމެއް ނެތި ކޮރޯނާ ފެތުރޭތީ ފުރަބަންދު އުވާލާނެ ދުވަހެއް އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ. މީގެ ކުރިންވެސް ފުރަބަންދު ވަނީ އެތައް ފަހަރެއްގެ ދިގު ދަންމާލައިފަ އެެވެ. "ކިޔެވުން ކުރިއަށް ގެންދާނެ ގޮތެއް އަދި ނޭނގޭ. ފޭސް ޓު ފޭސްކޮށް ކިޔަވައި ދެވޭނެ ހާާލަތެއް ނައިސް ފިއްޔާ ޖެހޭނީ އޮންލައިންކޮށް ކުރިއަށް ގެންދަން. ދެން ޔަގީންކަން އެބައޮތް ކިޔެވުން ފެށިއްޖެނަމަ ސިލަބަސް ނިންމާލެވޭނެ ކަމުގެ،" ޝަރީފް ވިދާޅުވި އެވެ. އެމްއެންޔޫއިން އޮންލައިންކޮށް ކިޔަވައިދޭން މޫޑަލް އަދި ޕަވާކެމްޕަސް ފަދަ ވަސީލަތްތައް ބޭނުންކުރެ އެެވެ. ކިޔެވުން މެދުކެނޑިފައިވާތީ ދަރިވަރުންނަށް ހަވާލުކޮށްފައިވާ އެސައިންޓްމަންޓްތަކަށް ލުއި ދީފައިވާކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
ދެތިން ހަފްތާ ތެރޭ ކިޔެވުން ފެށޭތޯ އެބަ ބަލަން: ގައުމީ ޔުނިވާސިޓީ
ދިއްލީ (މެއި 18): އިންޑިއާގެ ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ތޫފާން އަމްޕަންގެ ސަބަބުން ވެސްޓަން ބެންގާލް އާއި އޮޑީޝާ އެލާޓަށް ގެނެސްފި އެވެ. އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމެންޓުން ބުނި ގޮތުގައި މިއަދު އެ ތޫފާން ވަނީ 'ސުޕަ ސައިކްލޯނިކް ސްޓޯމް'އަކަށް ބަދަލުވެފަ އެވެ. އަދި އަންނަ ބުދަ ދުވަހު އެ ތޫފާން ވެސްޓް ބެންގާލް އާއި ބަންގުލަދޭޝްގެ އައްސޭރިފަށަށް އަރާނެ ކަމަށާއި އޭރު ގަޑިއަކު 155 އާއި 165 ކިލޯމީޓަރާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް އެ ޑިޕާޓްމެންޓުން ލަފާ ކުރި އެވެ. އެ ތޫފާނުގެ ސަބަބުން މާދަމާއިން ފެށިގެން ވެސްޓް ބެންގާލް އާއި އޮޑީޝާއަށް ބޯކޮށް ވާރޭ ވެހި، ވައިގަދަ ވާނެ ކަމަށް މެޓް ޑިޕާޓްމެންޓުން ބުންޏެވެ. އޭގެ ސަބަބުން ގެތަކާއި ދަނޑުބިންތަކަށް ގެއްލުންވެ ކަރަންޓާއި ރޭލުގެ ހިދުމަތަށް ބުރޫ އަރާފާނެ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ. އިންޑިއާ ފުރަބަންދުގައި އޮތުމުން މިހާރު ކުރާ ރޭލު ދަތުރުތަކަކީ އަމިއްލަ އަވަށުން ބޭރުގައި މަސައްކަތް ކުރަމުން ދަނިކޮށް ވަޒީފާ ގެއްލުމުގެ ސަބަބުން އަނބުރާ އަވަށަށް ދާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދިނުމަށް ކުރާ ދަތުރުތަކެވެ. އެ ތޫފާނަށް ތައްޔާރުވުމުގެ ގޮތުން ނެޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސް (އެންޑީއާރުއެފް)އިން ވަނީ ވެސްޓް ބެންގާލް އާއި އޮޑީޝާއަށް 37 ޓީމެއް ފޮނުވާފަ އެވެ. އަދި މަސްވެރިންނަށް ވަނީ މިއަދުން ފެށިގެން ބުރާސްފަތި ދުވަހާ ހަމަޔަށް ބޭ އޮފް ބެންގާލްގެ އުތުރާއި ދެކުނުގައި ދަތުރު ނުކުރުމަށް އަންގާފަ އެވެ. މީގެ އިތުރުން އޮޑީޝާއިން ވަނީ ތޫފާންގެ ސަބަބުން ގެއްލުން ލިބިދާނެ ސަރަހައްދުތަކުގައި ތިބި 11 ލައްކަ ވަރަކަށް މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމަށް ތައްޔާރުވެފައިވާ ކަމަށް ބުނެފަ އެވެ. އަދި ވެސްޓް ބެންގާލް އިން ވަނީ ވަގުތީ ހިޔާތަކުގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ޖިސްމާނީ ގައިދުރުކަމުގެ ގަވާއިދުތަކަށް އަމަލު ކުރާނެ ކަމަށް ބުނެފަ އެވެ. ރާއްޖޭގެ މެޓް އޮފީހުން ވަނީ ތޫފާން އަމްޕަންގެ ސީދާ އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ބާރު ގަދައީ ތޫފާނުގެ ނުސީދާ އަސަރުގެ ސަބަބުންނާއި މިއީ ހުޅަނގު މޫސުމަށް ވާތީ ކަމަށް ބުނެފަ އެވެ. އިންޑިއާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން މާޗް 24ގައި އިއުލާން ކުރި ފުރަބަންދުގެ މުއްދަތު އިއްޔެ ވަނީ އަނެއްކާވެސް ދެ ހަފްތާއަށް އިތުރުކޮށްފަ އެވެ. އެ ފިޔަވަޅުގެ ސަބަބުން އެގައުމުގެ ބޮޑެތި ސިޓީތަކުގައި ނުރަސްމީ ވަޒީފާތައް އަދާ ކުރަމުން ދިޔަ އެތައް މިލިއަން މީހުންގެ ވަޒީފާ ވަނީ ގެއްލިފަ އެވެ. އަދި އޭގެ ތެރެއިން އަމިއްލަ އަވަށަށް ދާން މިސްރާބު ޖަހާފައިވާ މީހުންގެ ތެރޭގައި ވެސްޓް ބެންގާލް އާއި އޮޑީޝާއަށް ދާ މީހުންވެސް ހިމެނޭ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ. އިންޑިއާގައި މިހާތަނަށް ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 96،000އަށް އަރާ، ބަލީގައި 3،029 މީހަކު ވަނީ މަރުވެފަ އެވެ.
ތޫފާން އަމްޕަންގެ ސަބަބުން ވެސްޓަން ބެންގާލް އާއި އޮޑީޝާ އެލާޓަށް
ނަރުހުންނާ މެދު ފަޚްރުވެރިވާ ކަމަށާއި މިއަދު ތިތިއްބެއްވީ ފުރާނަ ނުރައްކަލަށް ލައިގެން ޚިދުމަތުގައި ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންް ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެއްޖެ އެވެ. މިއަދަކީ ބައިނަލް އަގުވާމީ ގޮތުން ފާހަގަ ކުރާ ނަރުހުންގެ ދުވަހެވެ. މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިި ދުވަހުގެ ތަހުނިޔާ ހުރިހާ ނަރުހުނަށް އަރިސްކުރައްވަމުން މަބްރޫކު ވިދާޅުވީ، ބަލި މީހުންނަށް އެންމެ ގާތުން ފަރުވާދޭ ބަޔަކީ ނަރުހުން ކަމަށާއި އެބެފުޅުންގެ މަސައްކަތުގެ އަގުވަޒަންކޮށް ޝުކުރު އަދާކުރާ ކަމަށެވެ. "އެބޭފުޅުން [ނަރުހުން] އެ ތިއްބެވީ އަމިއްލަ ހައްޓާ ފުރާނަ ނުރައްކަލުގެ ތެރެއަށް ދާ ހާލަތުގައި، އަޅުގަނޑުމެންގެ ފުރާނަ ސަލާމަތް ކުރުމުގެ ހިދުމަތައް ނުކުމެ ވަޑައިގެން. އަމިއްލަ އާއިލާއާ ދުރުގައި ގިނަ ބަޔަކު އެބަ ތިއްބެވި. ދަރިން ދޫކޮށްލާފައި އެ ތިއްބެވީ. މި ވަގުތު އެ ވަޑައިގަންނަވާ ގުރުބާނީ އަކީ މި ގައުމަށް ކޮންމެހެން މުހިންމު، މިގައުމު އެދެމުންދާ ކަންތައްތަކަށް އިޖާބަދެމުން ވަމުންދާ ގުރުބާނީއެއް،" މަބްރޫކު ވިދާޅުވިއެވެ. މަބްރޫކު ވިދާޅުވި ގޮތުގައި ނަރުހުންނާ ނުލާ ރާއްޖޭގެ ސިއްހީ ނިޒާމްވެސް އަދި ކޮވިޑް19އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްވެސް ކާމިޔާބު ނުވާނެ ކަމަށެވެ. "އެބޭފުޅުންގެ ހުނަރާއި، އިލްމާއި، އަޅާލުމާ ނުލާ ރާއްޖޭގެ ސިއްހީ ނިޒާމް ނުހިނގާނެ. އަދި ރާއްޖޭގައި ކޮވިޑް19އާ ދެކޮޅަށް ކުރަމުން މިދާ މަސައްކަތް ނުކުރެވޭނެ. އެހެން ވީމަ އެ ކުރަމުންދާ ގައުމީ ހިދުމަތުގެ އަގު އަޅުގަނޑުމެން ވަޒަން ކުރަން އަޅުގަނޑުމެން ޖެހޭ،" މަބްރޫކް ވިދާޅުވިއެވެ. "މިތާގައި މަސައްކަތް ކުރަމުން މިދާ ޓީމާއި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ނަމުގައި ނިމުމެއް ނެތް ޝުކުރު ހުރިހާ ނަރުހުނަށް ދަންނަވަން ބޭނުން. އެބޭފުޅުންނަށްޓަކައި މިއަދު ގައުމު ފަހުރުވެރިވާކަން އަޅުގަނޑުމެން އެބަޖެހޭ އެކަން ފާހަގަ ކުރަން. އަދި ނަރުހުނަނަށް ވީތީ ޝުކުރުވެރިވަން،" މަބްރޫ ވިދާޅުވިއެވެ. ރާއްޖޭގައި 2،900 އަށް ވުރެ ގިނަ ރަޖިސްޓާޑް ނަރުހުން އެބަތިބިއެވެ. އޭގެ ތެރެއިން ހިދުމަތުން އެއްކިބާވެ ތިބި ބައެއް ނަރުހުންވެސް ކޮވިޑް19އާ ގުޅިގެން ދަނީ ޚިދުމަތަށް ނުކުންނަމުންނެވެ.
މަބްރޫކުގެ ޝުކުރު ނަރުހުނަށް: ތިތިއްބެވީ ފުރާނަ ނުރައްކަލަށް ލައިގެން ޚިދުމަތުގައި
ވޮޝިންޓަން (23 މޭ 2020) : ކޮރޯނާވައިރަސް "ކޮވިޑް-19" އާ ދެކޮޅަށް ވެކްސިނެއް އީޖާދު ކުރުމަށް ޗައިނާކުރާ މަސައްކަތަށް އެމެރިކާ ފާޑުކިޔައިފިއެވެ. ޗައިނާއިން އުފެއްދި ވެކްސިނަކަށް ރައްދު ދެއްވަމުން އެމެރިކާ ގެ ސިއްހަތާބެހޭ މަސްއޫލުވެރިއަކު ވަނީ އެއީ ފުރިހަމަ ނޫން މައުލޫމާތެއްކަމަށް ވިދާޅުވެ މަލާމާތުގެ ރާގެއްގައި ޗައިނާއަށް ފާޑު ވިދާޅުވެފައެވެ. ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަން އާ ހަވާލާދީ ދަ ލާންސެޓް މަޖައްލާ ބުނާގޮތުން ޗައިނާވަނީ ކޮވިޑް-19 އާ ދެކޮޅަށް ފަސް ވެކްސިނެއް އުފައްދައި އެ ވެކްސިންތައް އިންސާނުންގެ ހަށިގަނޑަށް ޖަހައިގެން ޓެސްޓް ކުރުމުގެ މަރުހަލާ ފަށާފައެވެ. ޗައިނާގެ އެ ފަސް ވެކްސިން ޖުމްލަ 2،575 ވޮލަންޓިއަރުންގެ ގަޔަށް ޖަހާފައިވާއިރު ކަންބޮޑުވާވަރުގެ ގޯސް ރިއެކްޝަނެއް އެއްވެސް ވެކްސިނަކުން ނުފެނުމުން އުންމީދު އާވެފައިވާ ކަމަށް އެކޮމިޝަނުން ބުނެފައިވެއެވެ. ނަމަވެސް ތަޖްރިބާގެ ފުރިހަމަ ނަތީޖާ ލިބޭނީ އަންނަ ޖުލައިމަހުގައި ކަމަށާ އެއަށްފަހު ދެވަނަ މަރުހަލާގެ ތަޖްރިބާ ފަށާނެކަމަށް ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަން އާ ހަވާލާދީ ދަ ލާންސެޓް ބުނެއެވެ. ދަ ލާންސެޓް ގެ އެންމެ ފަހުގެ އަދަދުގައި ޗައިނާއިން ޝާއިޢުކޮށްފައިވާ ވެކްސިނާބެހޭ ތަހުލީލީ ރިޕޯޓެއް ބުނާގޮތުން މީގެތެރެއިން އެއް ވެކްސިން އަކީ ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރާ އެންޓިބޮޑީސް އުފައްދާކަން އިބްތިދާއީ ކްލިނިކަލް ތަހްލީލުތަކުން ކަށަވަރުވެފައިވާ ވެކްސިންއެކެވެ. މި ރިޕޯޓް ބުނާގޮތުން މިދެންނެވި ޗައިނާގެ ވެކްސިން އުފައްދާފައިވަނީ އެގައުމުގެ ދެ ކުންފުންނި ކަމަށްވާ "ކެންސިނޯ ބައޮލޮޖިކަލް އިންކް" އާއި ބެއިޖިންގް އިންސްޓިޓިއުޓް އޮފް ބަޔޮޓެކްނޮލޮޖީ" ގެ ސައެންޓިސްޓުން ގުޅިގެންނެވެ. އެ ވެކްސިން ތަޖްރިބާ ކުރުމުގައި ބައިވެރިކޮށްފައިވަނީ ދެޖިންސުން 18 އަހަރާއި 60 އަހަރާ ދެމެދުގެ 108 މީހުންނެވެ. މި 108 މީހުންނަށް ކުޑަ ޑޯޒަކާއި މެދުމިނުގެ ޑޯޒަކާ އަދި ހައި ޑޯޒެއް ދީފައިވާއިރު މި މީހުންގެ ފަރާތުން ފެނިފައިވަނީ އާދައިގެ ހުމާއި ވަރުބަލިކަމެއްގެ އިތުރުން އާދައިގެ ބޮލުގެ ރިހުންފަދަ އެހެން ވެކްސިންތައް ޖެހުމުންވެސް ކުރިމަތިވާ ސައިޑް އިފެކްޓްތަކެކެވެ. މިއީ ކަންބޮޑުވާވަރުގެ ސައިޑް އިފެކްޓްތަކެއް ނޫން ކަމުން މިއީ އެ ވެކްސިން ކާމިޔާބުވާނެކަމުގެ އުންމީދު ބޮޑުވެގެންދާ ކަމެއްކަމަށް ޗައިނާގެ ރިޕޯޓް ބުނެއެވެ. މި ރިޕޯޓަށް ފާޑުވިދާޅުވަމުން އެމެރިކާގެ ސިއްހަތާބެހޭ މަސްއޫލުވެރިއެއްކަަމަށްވާ ޕޯލް އޮފިޓް ވިދާޅުވީ ޗައިނާގެ ތަހުލީލީ ރިޕޯޓްގައިވާ ވާހަކަތައް ބަލައިގަންނަން ދަތިކަމުގައެވެ. އޮފިޓް ވިދާޅުވީ އެ ރިޕޯޓްގައި ވެކްސިންގެ ސަބަބުން ކޮވިޑް-19 ގެ ވައިރަސް މަރާލެވޭފަދަ އެންޓިބޮޑީސްތައް އެވެކްސިން ޖެހިމީހުންގެ ހަށިގަނޑުގައި އުފެދިފައިވާކަން ޗައިނާގެ ސައެންސްވެރިންނަށް ސާފުކޮށް ދެވިފައިނުވާތީ ޗައިނާގެ މަސައްކަތަކީ މާބޮޑު ކުރިއެރުމެއްގެ ގޮތުގައި ސައެންޓިފިކް ގޮތުން އަދި ނުބެލެވޭނެކަމުގައެވެ. އަދި ތަޖްރިބާ ކުރުމުގެ ގޮތުން ޗައިނާއިން ދިން ވެކްސިންގެ ޑޯޒްތައް މާ މަތިކަމަށްވެސް އޮފިޓް ވިދާޅުވިއެވެ. މި ދެންނެވި ވެކްސިންއަށް ކޮށްފައިވާ ތަޖްރިބާގެ ނަތީޖާ ލިބޭނީ އަންނަ ޖުލައިމަހުގެ ތެރޭގައި ކަމަށާ އެކަށީގެންވާ ވަރަށް އެންްޓި ބޮޑީސް އުފެދުނުކަން ނުވަތަ ނޫންކަން އެނގޭނީ ކަނޑައެޅިފައިވާ މުއްދަތަށް ފަހުގައި ކަމަށް ޗައިނާގެ ރިޕޯޓް ބުނެއެވެ. ކޮވިޑް-19 އަށް ވެކްސިން އުފެއްދުމަށް ކުރާ މަސައްކަތުގައި ދުނިޔޭގައި މިކަމަށް ގާބިލް ގައުމުތަކުގެ މެދުގައި ބޮޑު ވާދަވެރިކަމެއް އުފެދިފައިވާއިރު މިކަމުގައި ކުރީގައި އުޅެނީ އިނގިރޭސިވިލާތް، ޖަރުމަނު، އެމެރިކާ، އަދި ޗައިނާ ފަދަ ގައުމުތަކެވެ. (ދަ ލާންސެޓް)
ކޮވިޑް-19 އަށް ވެކްސިން އީޖާދު ކުރަން ޗައިނާ ކުރާ މަސައްކަތަށް އެމެރިކާ ފާޑުކިޔައިިފި
ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ގޮތުން އޮސްޓްރޭލިއާއިން ނެރުނު ކޮންޓެކްޓް ޓްރޭސިން އެޕަށް ހޫނު ތަރުހީބެއް ލިބިއްޖެއެވެ. ކޮވިޑް ސޭފް އެޕް ނެރުނުތާ މަދު ގަޑިއިރެއްގެ ތެރޭގައި މިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ އެ އެޕް ޑައުންލޯޑްކޮށްފައެވެ. އެ އެޕް ބޭނުންކުރާ މީހުން އެހެން މީހުންނާ ހަތަރު ފޫޓް ކައިރިވެއްޖެނަމަ ބްލޫޓޫތު ވަޔާލެސް ސިގްނަލްއަކުން އެކަން އަންގާނެއެވެ. އޭގެ އިތުރުން ޕޮޒިޓިވް ވެފައިވާ މީހަކާ 15 މިނެޓް ވަންދަން ކައިރީގައި އުޅެފިނަމަވެސް އެކަން އެ އެޕްއިން އަންގާނެއެވެ. އޮސްޓްރޭލިއާއިން މިހާތަނަށް ކޮވިޑް ޖެހިފަިއވާ 6694 މީހުން ފެނިފައިވާއިރު 80 މީހުން ބަލީގައި ވަނީ މަރުވެފައެވެ. ނަމަވެސް ފަހަކަށް އައިސް ބަލި ޖެހޭ މީހުންގެ އަަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އިއްޔެވެސް އެގައުމުން ފެނިފައިވަނީ އެންމެ 16 ކޭސްއެވެ. އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވީ ގިނަ ބަޔަކު އެ އެޕް ބޭނުންކުރަން ފަށައިފިނަމަ އެއްވެން އުޅުން މަދުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދެވިދާނެ ކަމަށެވެެ. އޮސްޓްރޭލިއާ ސަރުކާރުން ބުނީ އެ އެޕްގެ އަަސަރު އެންމެ ބޮޑަށް ފެންނަން އެގައުމުގެ 40 ޕަސެންޓް މީހުން އެ އެޕް ބޭނުންކުރަން ޖެހޭ ކަމަށެވެ. އެ އެޕް ބޭނުންކުރާ މީހުން އެމީހުންގެ އުމުރާއި، މޮބައިލް ނަންބަރާއި ޕޯސްޓް ކޯޑާއި އަދި ބޭނުން ނަމެއް ޕްރޮފައިލްގައި ހިމަނަން ޖެހެއެވެ. ބީބީސީ
އޮސްޓްރޭލިއާގެ ކޮވިޑް ކޮންޓެކްޓް ޓްރޭސިން އެޕަށް ހޫނު ތަރުހީބެއް
އުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނެގުން އިތުރުކުރަން ނިންމާފައިވާ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފި އެވެ. މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިކަން ކުރުމުގެ މައިގަނޑު ބޭނުމަކީ އުމުރުން ދުވަސްވީ މީހުން ފަދަ ކޮވިޑް19 ޖެހުމުގެ ފުރުސަތު ބޮޑު މީހުންގެ މެދުގައި އެ ބަލި ފެތުރިފައިވާ މިންވަރު ދެނެގަތުމަށް ކަމަށެވެ. "އުމުރުން ދުވަސްވީ މީހުންގެ އެކްޓިވް ސަވެއިލަންސްގެ [ސާމްޕަލް ނެގުން] މަސައްކަތް މިހާރު ފަށާފައި ވަނީ. މިކަން ކުރަން ބޭނުންވާ މައިގަނޑު ސަބަބަކީ ރާއްޖޭގައި [ހާއްސަކޮށް މާލޭގައި] ކިހާ ވަރަކަށްތޯ މި ބަލި ހުރީ ހައި ރިސްކް ގްރޫޕުގެ ތެރޭގައި ބަލަން. އެކަމަށްޓަކައި އަޅުގަނޑުމެން ކުރާ އެކްޓިވް ސަވެއިލަންސްގެ ސަބް ކޮމްޕޯނެންޓެއް މިއީ،" ޑރ. އަފްޒަލް ވިދާޅުވި އެވެ. މި ބަލީގެ ނުރައްކާ ބޮޑުވެދާނެ ކަމަށް ބެލެވޭ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ކުޑަކުދިންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުން ވެސް ހިމެނެ އެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 (ނޭވާލާ ނިޒާމުގެ މައްސަލަތަކަށް ފަރުވާ ދޭ ބައި) ގައި މިހާރު ވެސް ތިން މީހަކަށް ފަރުވާ ދެމުންދާއިރު، އެ ތިން މީހުންނަކީ ވެސް އުމުރުން ދުވަސްވީ މީހުންނެވެ. އޭގެ ތެރެއިން 70 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކަށް ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުންދާ ކަމަށާއި 80 އަހަރުގެ އަންހެން މީހާގެ ހާލު ރަނގަޅު ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ. ރާއްޖެއިން ކޮވިޑް ޖެހިފައިވާ އުމުރުން ދުވަސްވީ ދެ މީހަކު ވަނީ މަރުވެފައެވެ.
ދޮށީ އުމުރުގެ މީހުންގެ ސާމްޕަލް ނެގުން އިތުރުކޮށްފި
ސަރުކާރުގެ ގިނަ ވަޒީރުންނަކީ ގާބިލު ނޫން ބައެއް ކަމަށާއި، ވަރަށް އަވަހަށް ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ކުރިއަށް ގެންގޮސް، ވަޒީރުން ވަކިކޮށް، މުޅިން އާ ވަޒީރުން ހަމަޖައްސަން ޖެހޭ ކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލޭ) ވިދާޅުވެއްޖެ އެވެ. މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހަލީމް ވިދާޅުވީ، މި ސަރުކާރަކީ އިހުލާސްތެރި ސަރުކާރެއް ނަމަވެސް، މި ސަރުކާރުގެ ގިނަ ވަޒީރުންނަކީ ގާބިލު ވަޒީރުން ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އެއީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައެއް ކަމަށް އަޅުގަނޑު ދެކެނީ، މިހާރު މި އޮތް ސަރުކާރަކީ އިހުލާސްތެރި ސަރުކާރެއް އެހެންނަމަވެސް ސަރުކާރުގެ ވުޒާރާތަކުގައި ތިބި، ވުޒާރާތައް ހިންގަވަން ތިބި ގިނަ ބޭފުޅުންނަކީ އެންމެ ގާބިލު ބޭފުޅުން ކަމަށް އަޅުނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ،" ހަލީމް ވިދާޅުވި އެވެ. ކޮވިޑްއިން ވެސް އަރައިގަނެވޭނީ، ކޯލިޝަން ސަރުކާރު ނިމުމަކަށް ގެނެސް، ވީހާވެސް އަވަހަށް މިހާރު ތިބި ވަޒީރުންގެ އިތުބާރު ނެތްކަމަށް ނިންމައި، އާ ވަޒީރުން އައްޔަންކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ވީހާވެސް އަވަހަށް އަޅުގަނޑުމެން ކޮވިޑް ކަންކަމުން އަރައިގަނެވެން މި އޮތީ ވީހާވެސް އަވަހަށް އަޅުގަނޑުމެން ސަރުކާރުގެ ވުޒާރާތައް އޯވަހޯލް ކުރަން އެބަ ޖެހޭ. ވަރަށް ގިނަ ވަޒީރުންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި އަޅުގަނޑުމެން މުޅިން އާ ވަޒީރުން، ދިވެހިރާއްޖޭގައި ވަރަށް ގާބިލު ބޭފުޅުން އެބަ ތިބި. ވަރަށް ގާބިލު ބޭފުޅުން އެބަ ތިބި މި ކަންކަމުގައި ތަޖުރިބާ ހުރި ބޭފުޅުން އެބަ ތިއްބެވި،" ހަލީމް ވިދާޅުވި އެވެ. ވަކިން ހާއްސަކޮށް، ހޯމް މިނިސްޓްރު އިމްރާން އަބްދުﷲގެ އިތުބާރު ނެތް ކަމަށް ވީހާވެސް އަވަހަށް ނިންމަން ޖެހޭ ކަމަށް ހަލީމް ވިދާޅުވި އެވެ. "ހާއްސަކޮށް، މި ދަނޑިވަޅަކީ އަޅުގަނޑު ދެކޭ ގޮތުގައި ހޯމް މިނިސްޓްރީއަށް ވަރަށް ބޮޑު ބަދަލެއް ގެންނަން ޖެހޭ ވަގުތެއް ކަމުގައި އަޅުގަނޑު ދެކެން. އެހެންވީމާ ވީހާވެސް އަވަހަށް ހޯމް މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އިމްރާން އަބްދުﷲ ބޭރުކޮށް، އަޅުގަނޑުމެންނަށް ވީހާވެސް އަވަހަށް ރަނގަޅު ހޯމް މިނިސްޓަރެއް ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެން،" ހަލީމް ވިދާޅުވި އެވެ. ކޮވިޑް-19އާ ގުޅޭ ގޮތުން ސަރުކާރުން މައުލޫމާތު ފޯރުކޮށްދޭ ގޮތަށްވެސް ހަލީމް ފާޑުވިދާޅުވި އެވެ. ހަލީމް ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުން ފެންނަމުން ދަނީ އެ ގައުމުތަކުގެ ވެރިންގެ ފެންވަރުގައި އަދި ހެލްތު މިނިސްޓަރުންގެ ފެންވަރުގައި ކޮވިޑް-19އާ ގުޅޭ މައުލޫމާތުތައް ދެމުންދާތަން ކަމަށެވެ. ނަމަވެސް، ރާއްޖެއިން ފެންނަނީ "ދެ ޑޮކްޓަރަކާ އެކު މަބްރޫކު ކިޔާ ޅަ ކުއްޖަކު" އަރުވައިގެން މައުލޫމާތު ދޭތަން ކަމަށް ހަލީމް ވިދާޅުވި އެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުވެސް ވަނީ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ، މާލެ ލޮކްޑައުންކުރުމުގެ ސަބަބުން ރަށްރަށަށް ނުދެވިފައި ތިބި މީހުން އަނބުރާ ފޮނުވާލުމުގެ ކަންކަމުގައި ސަރުކާރުގެ ސިޔާސަތު ވަރަށް ދޯހަޅި ކަމަށެވެ. އަދި އެކަމާ ގުޅިގެން އެމަނިކުފާނުގެ ކެތްތެރިކަން ކޮޅުންލާ ހިސާބަށް ގޮސްފައިވާ ކަމަށް ވިދާޅުވެ، މަޖިލީހުން އެކަމުގައި ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ދެއްވި އެވެ.
ގިނަ ވަޒީރުންތަކެއް ވީހާ އަވަހަކަށް މަގާމުން ދުރުކުރަން ޖެހޭ: ހަލީމް
ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންނަށް ލުއި ދިނުމުގެ ގޮތުން ފެނާއި ކަރަންޓުބިލުން ބައެއް އުނިކުރަން ނިންމި ނިންމުމުން ފެން ބިލަކުން އެވްރެޖްކޮށް 235 ރުފިޔާ އާއި ކަރަންޓު ބިލަކުން ގާތްގަނޑަކަށް 500 ރުފިޔާ ކުޑަވެފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ. ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން އާންމު ފަރުދުންގެ މާލީ ހާލަތަށް އަންނާނެ ހީނަރުކަމަށް ބަލައި، އޭޕްރިލް އަދި މޭ މަހުގެ ކަރަންޓު ބިލުން 40 ޕަސަންޓު، އަދި ފެން ބިލުން 30 ޕަސަންޓު ސަބްސިޑައިޒްކުރަން ނުވަތަ ހިލޭކޮށް ދޭން ސަރުކާރުން ވަނީ މީގެކުރީން ނިންމާފަ އެވެ. މިއަދު ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ކަރަންޓާއި ފެން ބިލުން ބައެއް ހިލޭކޮށްދިނުމަށް ނިންމުމާ އެކު ފެން ބިލްތަކުގެ ޑިސްކައުންޓަށް 10.9 މިލިއަން ރުފިޔާ ހަރަދުވި ކަމަށެވެ. އަދި ކަރަންޓް ބިލުން ދޭ ޑިސްކައުންޓަށް 49.7 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ފިނޭންސް މިނިސްްޓްރީއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 46،417 ގޭބިސީތަކުގެ ބިލަށް ވަނީ ލުއި ދީފަ އެވެ. އެގޮތުން ފެނުގެ ބިލްތަކުން ޖުމްލަ 9.8 މިލިއަން ރުފިޔާ ވަނީ މާފުކޮށްދެވިފަ އެވެ. އެއީ 33،198 ގޭބިސީ އެވެ. ކަރަންޓުގެ ޑިސްކަައުންޓަށް 49.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އެ ލުއި 92،588 ގޭބިސީއަށް ވަނީ ދީފަ އެވެ. ކަރަންޓު ހިދުމަތުގެ ގޭބިސީތަކުގައި ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީގެ އިތުރުން ފެނަކާ ހިމެނޭއިރު އެންމެ ގިނަ ގޭބިސީތަކެއް ހިމެނެނީ ފެނަކާ އާއި ސްޓެލްކޯ އެވެ. ފެނަކަ މެދުވެރިކޮށް ކަރަންޓް ދޭ، 46،839 ގޭބިސީއެއްގެ ބިލުން 22 މިލިއަން ރުފިޔާ ވަނީ މާފްކޮށްފަ އެވެ. އަދި ސްޓެލްކޯގެ 45،068 ގޭބިސީ ހިމެނޭއިރު އެކަމަށް 27.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ފެން ބިލަކުން 235 ރުފިޔާ، ކަރަންޓް ބިލަކުން 500 ރުފިޔާ މާފުވޭ
ކުޑަކުދިން ކުރާ ކުށްތަކަށް މަރުގެ އަދަބު ދިނުން ހުއްޓާލަން ސައުދީ އަރަބިއްޔާއިން ނިންމައިފިއެވެ. ސައުދީގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނީ އެގޮތަށް އަމަލުކުރަން ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަންގަވައިފައިވާ ކަމަށެވެ. ކުޑަކުދިންނަށް މަރުގެ އަދަބު ދިނުން ހުއްޓާލަން ނިންމިއިރު ސައުދީން ދާދި ފަހުން ވަނީ ތައުޒީރީ ކުށްތަކަށް ހައްދު ޖެހުން ހުއްޓާލަންވެސް ނިންމައިފައެވެ. އދ. ގެ "ކޮންވެންޝަން އޮފް ޗިލްރަން ރައިޓްސް" ގައިވެސް މަރުގެ އަދަބު ކުޑަކުދިންނަށް ނުދެވޭނެކަމަށް ވަނީ ބުނެފައެވެ. ސައުދީން ވަނީ އެ ކޮންވެންޝަންގައި ސޮއިވެސްކޮށްފައެވެ. އެއާއެކު ސައުދީން މީހަކު ބޮޑު މީހެއްގެ ގޮތުގައި ބަލަނީ 18 އަހަރު ވުމުންނެވެ. މިދިޔަ އަހަރު ސައުދީން ވަނީ 184 މީހަކަށް މަރުގެ އަދަބު ދީފައެވެ. އޭގެ ތެރެއިން އެކަކަށް މަރުގެ އަދަބު ދީފައިވަނީ އޭނާ ކުޑައިރު ކޮށްފައިވާ ކުށަކަށެވެ. ސައުދީގެ ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް އަވާދު އަލް އަވާދު އިއްޔެ ވިދާޅުވީ ކުޑަ ދެކުއްޖަކު ކޮށްފައިވާ ކުށަކަށް މަރުގެ އަދަބު ދޭން ކަނޑައަޅާފައި ވަނިކޮށް 10 އަހަރުގެ ޖަލުގެ ހުކުމްއަކަށް އެ ހުކުމް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ. ސައުދީން މަޑުމަޑުން ބައެއް ކަންތަކުގައި ލުއި ދޭން ނިންމިޔަސް ހިޔާލުފާޅުކުރާ މީހުންނަށް ރައްކާތެރިކަމެއް ނެތް ކަމަށް ބުނެ ގިނަ ބައެއް ފާޑުކިޔުން އަދިވެސް ދަނީ އަމާޒުވަމުންނެވެ. ސައުދީގެ ގިނަ އެކްޓިވިސްޓުން ޖަލުގަިއ އެބަތިއްބެެވެ. ދާިދ ފަހުން އެގައުމުގެ ހިއުމަން ރައިޓްސް އެކްޓިވިސްޓަކަށް ސްޓްރޯކެއ ޖެހިގެން ވަނީ މަރުވެފައެވެ. އޭގެ އިތުރުން ސައުދީގެ ނޫސްވެރިޔާ ޖަމާލް ހާޝުގްޖީވެސް ސައުދީން ވަނީ މަރާލައިފައެވެ. ---ބީބީސީ--
ކުޑަކުދިން ކުރާ ކުށްތަކަށް މަރުގެ އަދަބު ދިނުން ސައުދީން ހުއްޓާލަނީ
މިއަހަރުގެ ރޯދަމަސް މުސްލިމް އުންމަތާ ކުރިމަތިލީ ކޮވިޑް19ގެ ބަލިމަޑުކަމުގެ ތެރޭގަ އެވެ. މި ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ ހުރިހާ ހިސާބުތަކެއްގައި ދިރިއުޅޭ މުސްލިމުންގެ ދިރިއުޅުމަށްވެސް މިވަނީ ބޮޑެތި ބަދަލު ތަކެއް ގެންނަން ޖެހިފަ އެވެ. ހުރިހާ ކަމެއްހެން ކުރަން ޖެހެނީ އިންޓަނެޓާއި ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށެވެ. މާލެ ސިޓީގެ އިތުރުން ރާއްޖޭގެ ގިނަ ރަށްތައް ލޮކްޑައުން ހާލުތުގައި އޮތުމުގެ ސަބަބުން ޕިތުރު ޒަކާތް ދެއްކުމަށް ޑިޖިޓަލް ވަސީލަތްތަކުގެ މުހިންމުކަން ކުރިއަށް ވުރެ ވަނީ ބޮޑުވެފަ އެވެ. އަދި މީގެ ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރުވެސް ދިރާގު ހުރިހާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކުމަށް ލުއިފަސޭހަތަކެއް ވަނީ ފޯރުކޮށްދީފައިއެވެ. ދިރާގު ޕޭ ދިރާގު ޕޭ މެދުވެރިކޮށް މިއަހަރުވެސް ފިތުރު ޒަކާތް ދެއްކުމުގެ އިންތިޒާމުވަނީ ހަމަޖައްސާފަ އެވެ. ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުމަށް މި ލިންކަށް ޒިޔާރަތް ކޮށްލާށެވެ. އަދި އެއަށްފަހު ތިރީގައި މިވާ ފޮޓޯގައި ހިމެނޭ ބައިތައް ފުރިހަމަ ކުރުމުން ޒަކާތް ދެއްކޭނެ އެވެ. ޒަކާތް ދެއްކުމުގެ ކުރިން ދިރާގު ޕޭ ވޮލެޓްގައި ނުވަތަ އެކައުންޓުގައި ފައިސާ ހުރިތޯ ވެސް ބަލައިލަން ވާނެއެވެ. ފަސޭހަކަމާއެކު ދިރާގު ޕޭއަށް ކޭޝްއިން ކޮށްލުމަށް ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ބޭންކް ޓްރާސްފާސް ބޭނުންކުރެވޭނެ އެވެ. ދިރާގު ޕޭއިން ޒަކާތް ދައްކާނެ ގޮތް ދިރާގު ނައު އެޕް ދިރާގުން އަލަށް ތައާރަފުކުރި "ނައުއެމްވީ" އެޕް މެދުވެރިކޮށްވެސް ފިތުރު ޒަކާތް ދެއްކޭނެ އެވެ. އެޕް ސްޓޯރ އަދި ޕްލޭ ސްޓޯއިން ހިލޭ ޑައުންލޯޑްކޮށްލެވޭ މި އެޕް މެދުވެރިކޮށް ފިތުރު ޒަކާތްދެއްކުމަށް، އެކަމަށް ކަނޑައަޅާފައިވާ ޓެބަށް ފިއްތާލުމަށްފަހު، އޭގައި ހިމެނޭ ބައިތައް ފުރިހަމަ ކޮށްލާށެވެ. ނައު އެޕް މެދުވެރިކޮށް ފިތުރު ޒަކާތްދެއްކޭނީ ވެސް ދިރާގު ޕޭ ކަސްޓަމަރުންނަށެވެ. ނައު އެޕް މެދުވެރިކޮށް ޒަކާތުގެ އިތުރުން ސަދަގާތްވެސް ދެއްކޭނެ އެވެ. ދިރާގު ޕްރީޕެއިޑް ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކޭނެ މަގު މިއަހަރު ވެސް ވަނީ ފަހިކޮށްދީފަ އެވެ. އެސް.އެމް.އެސް. މެދުވެރިކޯށް ފިތުރު ޒަކާތް ދެއްކުމަށް ގުޅަން ޖެހެނީ #5*454* އަށެވެ. ދިރާގު ހިދުމަތްތައް މެދުވެރިކޮށް ޒަކާތް ބަލައިގަތުމުގެ ސުންގަޑި ހަމަވާނީ މި މަހުގެ 20 ވަނަ ދުވަހުގެ ހަވީރު 6:00 ގެ ނިޔަލަށެވެ. ކޮވިޑް19 އާ ގުޅިގެން ކަސްޓަމަރުންނަށް ލުއި ފަސޭހަ ފޯރުކޮށްދިނުމުގެ ގޮތުން ދިރާގުން ދަނީ މާރިޗް މަހުން ފެށިގެން އިތުރު ޑޭޓާ އަދި ޑިސްކައުންޓް އެކުންފުނީގެ މޯބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ. އަދި މި ޑިސްކައުންޓްތަކާއި އިތުރު ޑޭޓާ މެއި މަހުގެ ނިޔަލަށް ދިނުމަށް ވަނީ ނިންމާފަ އެވެ. ކޮވިޑް-19 އާ ގުޅިގެން ދިރާގުން ކުރަމުންދާ ކަންތައްތަކުގެ އިތުރު މައުލޫމާތު އެކުންފުނީގެ ވެބްސައިޓުން ބަލައިލެވޭނެ އެވެ. ދިރާގުން އެދެނީ މި ދުވަސްވަރު ހުރިހާ ކަސްޓަމަރުންވެސް ރައްކާތެރިކަމާއެކު ގޭގައި ތިބުމަށެވެ. އަދި ދިރާގުން މަސައްކަތްކުރަމުންދަނީ ކަސްޓަމަރުން ގޭގައި ތިބިގެން ދިރާގުގެ ހިދުމަތްތައް ބޭނުން ކުރުމަށް ލުއިފަސޭހަތައް ފޯރުކޯށްދީ، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުމެވެ.
ދިރާގު ކަސްޓަމަރުންނަށް ޒަކާތް ދެއްކޭނެ ގިނަ ގޮތްތަކެއް
ޓެސްޓު ކުރެވޭ މިންވަރު މިހާރަށް ވުރެ އިތުރު ނުކުރެވިއްޖެ ނަމަ މި މަހު އަންނާނެ ކަމަށް ލަފާކޮށްފައިވާ ސާޖު (ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވާ އިތުރުވުން) ދެނެނުގަނެވޭނެ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފި އެވެ. މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑޮމިލޮޖިސްޓް، ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް ފެނުނު ކޮވިޑް-19ގެ ބަލި މީހުންގެ ތެރެއިން ގިނަ މީހުންނަކީ އަލާމާތް ނުފެންނަ މީހުން ކަމަށެވެ. އެހެންވެ، ބަލި ޖެހިފައި ތިބި މީހުންގެ ތެރެއިން ގިނަ މީހުންނަކީ އަލާމާތް ނެތް މީހުން ކަމަށްވާއިރު، ބަލި ޖެހޭ މީހުން ދެނެގަނެވޭނީ ޓެސްޓްކޮށްގެން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. "ޓެސްޓިން އިތުރު ކުރެވިއްޖެނަމަ ބޮޑަށް ޔަގީންކަމެއް ލިބޭނެ ޓްރޫ ސާޖް އައީތޯ ނާދޭތޯ. އެހެން ނަމަވެސް ޓެސްޓިން ކެޕޭސިޓީ [ޓެސްޓު ކުރެވޭ މިންވަރު] އެހާތަނަށް އިތުރު ނުކުރެވިއްޖެނަމަ ހަގީގަތުގައި ނޭނގޭނެ މި ބުނާ ސާޖު އަތުވެއްޖެތޯ ނާދޭތޯ، ސިމްޓަމެޓިކް މީހުން [ބަލީގެ އަލާމާތްތައް ހުންނަ މީހުން] މަދުއިރަކު. އެއީ ސިޕްޓަމެޓިކް މީހުން މިއުޅެނީ ގާތްގަނޑަކަށް 50 ޕަސެންޓު ކޭސްތަކުގައި [50 ޕަސެންޓް މީހުންގެ ފަރާތުން ބަލީގެ އަލާމާތްތައް ނުފެނޭ]،" ޑރ. އަފްޒަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބަލީގެ އަލާމާތްތައް ނުފެންނަ މީހުންނަށް ބަލި ހުރިކަން ނޭނގޭ އިރު އެކި ގޮތްގޮތުން ކުރެވޭ ސާވަލަޔަންސް ޓެސްޓްތައް އިތުރު ކުރަން ޖެހިފައިވާ ކަމަށެވެ. އެހެން ނޫން ނަމަ، ނޭނގި މުޖުތަމައުގެ ތެރޭގައި ވަރަށް ބޮޑަށް ބެލި ފެތުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ ކުރިން އެންއީއޯސީން ހާމަކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި މި މަހުގެ 31ވަނަ ދުވަހަކީ ކޮވިޑް-19 ޖެހިފައިވާ އެންމެ ގިނަ މީހުން ރިޕޯޓް ކުރެވޭނެ ދުވަހެވެ. އެގޮތުން އެ ދުވަހު 1562 ކޭސް ފެންނާނެ ކަމަށް ބެލެވުނަސް ޓެސްޓު ކުރަން މިހާރު ހުރި ވަސީލަތްތަކާއެކު އަސްލު ދެނެގަނެވޭނީ، ދުވާލަކަށް 390 ކޭސްކަމަށް ޑޮކްޓަރުން ވަނީ ލަފާކޮށްފަ އެވެ. މޭ 31: ބޮޑު ދުވަހެއް، 1600 ކޭހާ އެކު ބާރު ބޮޑުވާނެ އިތުރަށް ވިދާޅުވުމަށް މިހާރު ހުރި ވަސީލަތްތަކާއެކު ރާއްޖޭގައި ދުވާލެއްގެ މައްޗަށް އެންމެ ގިނަވެގެން ޓެސްޓު ކުރެވެނީ 400 ސާމްޕަލެވެ. މިއަދަދު 600 އަށް އިތުރުކުރަން ބޭނުންވާ ވަސީލަތްތައް މި މަހުގެ 16 ވަނަ ދުވަހު ރާއްޖެއަށް ގެންނާނެ ކަމަށާއި މިހާރު އަމާޒަކީ ދުވާލަކު 1000އަށް ވުރެ ގިނަ މީހުން ޓެސްޓު ކުރުން ކަމަށް މިރޭގެ ބައްދަލުވުމުގައި އެންއީއޯސީން ވަނީ ބުނެފަ އެވެ. އަދި އެކަމަށް ބޭނުންވާ ސާމާނު ގެނައުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. މީގެ އިތުރުން ލޮކްޑައުންއާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޯލަނބައި، އާންމުންގެ ސާފުތާހިރުކަން އިތުރު ކުރުމަކީ ވެސް މިހާރު ޕޮޒިޓިވްވާނެ ކަމަށް ލަފާކޮށްފައި ހުރި ނަންބަރުތައް މަދުކުރެވޭނެ ކަމެއްގެ ގޮތުގައި ޑރ. އަފްޒަލް ފާހަގަކުރެއްވި އެވެ. "ލޮކްޑައުންގައި އަޅާފައިހުރި ފިޔަވަޅުތަކަށް އާންމުންގެ ކޮމްޕްލަޔަންސް އިތުރުވާ ވަރަކަށް ނުވަތަ ސާފުތާހިވުމުގެ ފިޔަވަޅުތަކަށް އާންމުންގެ ހޭލުންތެރިކަން އިތުރުވެ، އުޅުމަށް ތަފާތު އަންނަ ވަރަކުން ބަލި ފެތުރޭ މިންވަރަށް ވެސް ބަދަލު އަންނާނެ. އަދި މިކަހަލަ ކޮމްޕްލަޔަންސް ކަންތައްތަކަކީ ފައިނަލް ޕްރޮޖެކްޝަންސްގެ [އެންމެ ފަހުގެ ލަފާކުރުންތައް] އަދަދު އިތުރުކޮށްލާނެ ކަމެއް." ޑރ. އަފްޒަލް ވިދާޅުވި އެވެ.
ޓެސްޓުކުރުން އިތުރު ނުކުރެވިއްޖެނަމަ ސާޖު އަޔަސް ނޭނގޭނެ: ޑރ. އަފްޒަލް
ވަޒީފާއަށް އަސަރު ކުރި ފަރާތަކަށް ސަރުކާރުން ދޭ "އިންކަމް ސަޕޯޓް" އެލަވަންސް މިހާރު ދޭން ފަށާފައިވާ ކަމަށް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ. ރާއްޖޭގެ އިގްތިސާދު ހާލަތާ ގުޅޭ ގޮތުން ފިނޭންސުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ، އެ ފައިސާ ދޫކުރަން ފެށީ މިދިޔަ ބުދަ ދުވަހުން ފެށިގެން ކަމަށެވެ. އެގޮތުން އެންސްޕާ މެދުވެރިކޮށް މިހާރު އެ ފައިސާ ދޫކުރަން ފަށާފައި ވަނީ، 69 ފަރާތަކަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. "5،000 ރުފިޔާގެ މަގުން ޖުމްލަ 290،131 ރުފިޔާ މިހާރު އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި އަޅުގަނޑުމެންނަށް ދޫކުރެވިއްޖެ،" މިނިސްޓަރު ވިދާޅުވި އެވެ. ވަޒީފާއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ އިންކަމް ސަޕޯޓް އެލަވެންސް ދޭނީ މާޗް 1، 2020 ގެ ފަހުން، ކޮވިޑް19 ސަބަބުން ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ވަޒީފާ އިން ސަސްޕެންޑްކޮށްފައިވާ ފަރާތްތަކަށާއި މުސާރަ ނުލިބޭގޮތަށް ނޯޕޭ ލީވް އަށް ފޮނުވާލާފައިވާ ފަރާތްތަކަށް އަދި މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބަޔެއް އުނިކޮށްފައިވާ ފަރާތްތަކަށެވެ. މި އުސޫލުގެ ދަށުން އެލަވެންސް ދިނުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ އޭޕްރީލް މަހާއި، މޭ މަހާއި އަދި ޖޫން މަހަށެވެ. އެލަވަންސަށް އެދި މިހާތަނަށް ފޯމު ހުށަހަޅާފައި ނުވާ ފަރާތްތަކަށް މިހާރު ވަނީ ސުންގަޑިތަކެއް ކަނޑައަޅައި އާންމުކޮށްފަ އެވެ. މާޗު 1 އިން 30 އޭޕްރީލްގެ ނިޔަލަށް އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތައް ފޯމު ހުށަހެޅުމުގެ ސުންގަޑި ކަމަށް ކަނޑައަޅާފައި ވަނީ މޭ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މެއި 1 ން 30 މެއިގެ ނިޔަލަށް އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ސުންގަޑި އަކީ ހަތެއް ޖޫން އެވެ. ޖޫން 1 ން 30 ޖޫންގެ ނިޔަލަށް އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތައް ފޯމު ހުށަހެޅުމުގެ ސުންގަޑި އަކީ ޖުލައި މަހުގެ ހަތް ވަނަ ދުވަހެވެ.
ވަޒީފާއަށް އަސަރުކުރި 69 މީހަކަށް އިނާނަތް ދޭން ފަށައިފި
މާލެ ފުރަބަންދުގައި އޮތުމުން ރަށްރަށަށް ނުދެވިފައި ތިބި މީހުން އަނބުރާ ފޮނުވާލުމުގެ ކަންކަމުގައި ސަރުކާރުގެ ސިޔާސަތު ވަރަށް ދޯހަޅި ކަމަށް ވިދާޅުވެ، އެކަން ހައްލު ނުކުރާނަމަ މަޖިލީހުން އެކަމުގައި ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ދެއްވައިފި އެވެ. މާލެއިން އެނބުރި ރަށަށް ދާން 5،000 އަށް ވުރެ ގިނަ މީހުން އެދިފައިވެ އެވެ. އެހެން ނަމަވެސް އެ މީހުން ރަށްރަށަށް ގެންދާނީ، 14 ދުވަހު ކަރަންޓީނު ކުރުމަށް ފަހު ކަމަށް ވަނީ ނިންމައިފަ އެވެ. ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން ވަނީ، ރަށްރަށަށް އެނބުރި ދާން ބޭނުންވާ މީހުންގެ ޝަކުވާތައް މެންބަރުންނަށް އިންތިހާއަށް ލިބެމުން އަންނަ ކަމަށާއި މިހާރު ކަރަންޓީނު ކުރަން ނިންމާފައިވާ އުސޫލުން އެ މީހުންނަށް ރަށަށް ދެވޭނެ ދުވަހެއް ވެސް ނޭނގޭކަން ފާހަގަ ކުރައްވައިފަ އެވެ. ފުރަތަމަ ބުރުގައި ކަރަންޓީނު ކުރަން ނިންމާފައި އޮތީ 500 މީހުން ނަމަވެސް، އެ މީހުން ވެސް އަދި ކަރަންޓީނަށް ނުގެންދެވި އަންނަނީ ލަސްތަކެއް ކުރިމަތިވަމުންނެވެ. އެ މީހުން ކަރަންޓީނު ކުރަން ނިންމާފައި ވަނީ ސަރުކާރުން ގާއިމް ކޮށްފައިވާ ކަރަންޓީނު މަރުކަޒުތަކުގަ އެވެ. އެ ކަންބޮޑުވުންތަކާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މާލޭގައި ތާށިވެފައި ތިބި ރަށްރަށުގެ މީހުން މާލޭގައި އުޅެމުން ދާ ނިކަމެތި ހާލު އެމަނިކުފާނަށް ވަރަށް ބޮޑަށް އިހުސާސް ކުރެއްވޭ ކަމަށާއި އެކަން ހައްލު ކުރަން ސަރުކާރުން އެދެވޭ މަސައްކަތެއް ނުކުރެވިގެން އުޅޭ ސަބަބެއް ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެކަމުގައި މެންބަރުން އިންތިހާއަށް ކަންބޮޑުވެ ހިޔާލު ފާޅުކުރައްވާއިރު، މެންބަރުންގެ އެ ވާހަކަތަކަށް ސަރުކާރުން ފަރުވާލެއް ނުބަހައްޓާ ނަމަ، އިތުބާރު ނެތް ކަމުގެ ވޯޓް ނެގުމުގެ ބާރު ވެސް މަޖިލީހަށް ލިބިގެންވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. "މަޖިލީހުގެ ތިޔަ އިއްޒަތްތެރި މެންބަރުންގެ ބާރު އޮންނާނެ. މެންބަރުން ފާހަގަ ކުރައްވާ މައްސަލައަށް އަމަލު ނުކުރެވޭނަމަ އިތުބާރު ނެތް ކަމަށް ވެސް ނިންމޭނެ، އެހެންވިޔަސް އަޅުގަނޑުމެން ދާން ބޭނުންވާ އަމާޒެއް ނޫން އެއިއްޔަކީއެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ. "ހުރިހާ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވަން އެބަ ޖެހޭ، ރައީސުލްޖުމްހޫރިއްޔާއަށް ވެސް އެނގިވަޑައިގަންނަވަން އެބަ ޖެހޭ، މާލޭގައި އެތައް ބަޔަކު މިހެން ތާށިވެފައި ތިބުމަކީ އެތައް އާއިލާއަކަށް ލިބެމުންދާ ވަރަށް ބޮޑު ގެއްލުމެއް ކަން،" ނަޝީދު ވިދާޅުވީ އަތޮޅުތަކުގެ ރައްޔިތުންނަށް ރަށަށް ފޮނުވުމުގައި ގެންގުޅޭ ސިޔާސަތުގެ ސަބަބުން މަޖިލިސް މެންބަރުންގެ ކެތްތެރިކަން މިހާރު ކޮޅުންލަމުންދާކަން އެމަނިކުފާނަށް ވިސްނި ވަޑައިގަންވާ ކަމަށެވެ. އަދި މެންބަރުންނަށް ވެސް ކެތް ކުރެވޭނީ ވަކި ވަރަކަށްކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ކެތްތެރިކަން ވެސް ކޮޅުންލާ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އަދި ރަށްރަށުގެ މީހުން ރަށްރަށަށް ފޮނުވޭނޭ އިންތިޒާމެއް މިވަގުތުން ވަގުތަށް މުހިންމުވާކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. "އަޅުގަނޑަށް އެބަ ފެނޭ މަޖިލީހުގެ މެންބަރުންގެ ކެތްތެރިކަން މި ކަމުގައި ކޮޅުން ލައިގެން އެބަ ދާ ތަން، އަޅުގަނޑުގެ ކެތްތެރިކަން ވެސް ހިފެހެއްޓޭނީ ވަކި މިންވަރަކަށް،" މެންބަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވި އެވެ. މީގެ އިތުރުން މިއަދުގެ ޖަލްސާގައި އެމަނިކުފާނު ވަނީ، ކޮރޯނާވައިރަހުގެ ކަންކަން މާ ބޮޑުކޮށްލައިގެން އުޅޭކަން ދޭހަވާ މޭރުމަކުން ވެސް ވާހަކަ ދައްކަވައިފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ ކޮރޯނާވައިރަހުން ޖެހޭ ބައްޔަކީ ބައެއް މީހުންނަށް ނުރައްކާތެރި ރޯގާއެއްކަން ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް އެއީ މަރުބައްޔެއް ނޫން ކަމަށެވެ. އަދި ޓީވީތަކުން މި ރޯގާއަކީ ބިރުވެރި ފިލްމެއްގެ ގޮތުގައި ސިފަކުރަމުން ދާތީ، އެއީ ގޯހެއް ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. "މިސާލަކަށް ނަރުދޫ 11 މީހުންނަށް ޖެހިއްޖެ. އެމީހުން ހަގީގަތުގައި ގަބޫލެއް ނުކުރެ އެމީހުންނަށް ކަމެއް ވެފާ ތިބި ކަމަކަށް ވެސް. މި ބަލީގެ ނުރައްކާތެރިކަމެއް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވުނު. އަޅުގަނޑު މި ދަންނަވަނީ ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުންނަކަށް. އެއީ މި ބައްޔަކީ އެ ފާހަގަކުރެވުނު ބާވަތުގެ މަރު ބައްޔެއް ނޫންކަން. މަރު ބަލީގެ ގޮތުގައި ފާހަގަވާ ބަލިތައް އެބަހުރޭ. މި ބައްޔަކީ ނުރައްކާތެރި ބައްޔެއް ބަލީގައި ހާލުދެރަވާ، ހާލު ބޮޑުވާ މީހުންނަށް. އެހެން ނަމަވެސް އެއީ ވަރަށް މަދު އަދަދެއްގެ މީހެއް ކަން އެެއީ އިރާދަފުޅުން ލިބިފައިވާ ނަސީބެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ބޭހެއް އަދި ވެކްސިނެއް ވެސް ނުދީ މި ބަލިން ގިނަ ބަޔަކު ސަލާމަތްވާ ކަމަށެވެ. އަދި ގިނަ މީހުންނަށް ބަލީގެ އުނދަގޫތަކެއް ނުވާކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
ނަޝީދުގެ ކެތްތެރިކަން ކޮޅުންލައި، ސަރުކާރަށް އިންޒާރެއް
ކޮލަމްބޯ (އޭޕްރިލް 27): ސްރީލަންކާގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވުމާ ގުޅިގެން މިއަދު އެގައުމުގެ ކާފިއު އުވާނުލަން ނިންމައިފި އެވެ. ލަންކާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން މިދިޔަ މަހުގެ 20ގައި މުޅި ގައުމުގައި ވަނީ ކާފިއު ހިންގާފަ އެވެ. އަދި އެގައުމުން ދަނީ ޒަރޫރީ ބޭނުންތައް ފުއްދުމަށް މީހުންނަށް ފުރުސަތު ދިނުމުގެ ގޮތުން ބައެއް ދުވަސްތަކުގައި ވަކި ގަޑިތަކުގައި، ބައެއް ސަރަހައްދުތަކުގައި ކާފިއު އުވާލަމުންނެވެ. އެގޮތުން މިއަދު ކޮލަމްބޯ އާއި ގަމްޕަހަ އާއި ކަލުތަރަ އާއި ޕުއްތަލަމް ފިޔަވާ އެހެން ހުރިހާ ސަރަހައްދުތަކުގައި ހެނދުނު 5:00އިން ފެށިގެން ރޭގަނޑު 20:00އާ ހަމަޔަށް ކާފިއު ލުއި ކުރަން މީގެ ކުރިން އޮތީ ނިންމާފަ އެވެ. ނަމަވެސް އިއްޔެ ލަންކާ ސަރުކާރުން ވަނީ މިއަދު ކާފިއު އުވާލުމުގެ ބަދަލުގައި މާދަމާ ހެނދުނު 5:00އިން 20:00އަށް ކާފިއު އުވާލުން ފަސް ކުރަން ނިންމާފަ އެވެ. އަދި ކޮލަމްބޯ އާއި ގަމްޕަހަ އާއި ކަލުތަރަ އާއި ޕުއްތަލަމްގައި އަންނަ ހޯމަ ދުވަހާ ޖެހެންދެން ކާފިއު ހިންގާނެ ކަމަށް ރައީސްގެ މީޑިއާ ޑިވިޝަނުން ވަނީ މީގެ ކުރިން ބުނެފަ އެވެ. ލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން މިއަދު ކާފިއުއަށް ދޫ ނުދޭން ނިންމީ އެގައުމުގެ ސަލާމަތީ ފައުޖުތަކުގެ މެމްބަރުންގެ ތެރެއިން ޗުއްޓީގައި ތިބި މީހުންނަށް އެމީހުންގެ ކޭމްޕުތަކަށް އަނބުރާ ދިޔުމަށް ފުުރުސަތު ދިނުމަށެވެ. ލަންކާއިން ވަނީ ސަލާމަތީ ފައުޖުތަކުގެ މެމްބަރުންނަށް ދީފައިވާ ޗުއްޓީތައް އިއްޔެއިން ފެށިގެން މުއްދަތެއް ނެތް ގޮތަށް ކެންސަލްކޮށްފަ އެވެ. ލަންކާ ސަރުކާރުން އެފަދައިން ނިންމާފައި ވަނީ އެގައުމުގެ ވެލިސަރަ ނޭވީ ކޭމްޕުގައި އުޅުނު މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، 4،000 މީހުން ދިރިއުޅޭ އެ ކޭމްޕް ކަރަންޓީނު ކުރި ފަހުންނެވެ. އެ ކޭމްޕާ ގުޅުން ހުރި 95 ސިފައިންގެ މީހަކު މިހާރު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ ޗުއްޓީގައި ތިބި މީހުންނެވެ. އެހެންކަމުން އެ ސިފައިންނާ ބައްދަލުވި މީހުންވެސް އަމިއްލައަށް އެކަހެރިވާން ވަނީ އަންގާފަ އެވެ. ސްރީލަންކާގައި މިހާތަނަށް 523 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލި ޖެހިގެން ހަތް މީހަކު ވަނީ މަރުވެފަ އެވެ.
ލަންކާގައި ކޭސްތައް އިތުރުވެ، މިއަދު ކާފިއު އުވާނުލަން ނިންމައިފި
ރާއްޖެއިން ކޮވިޑް ޖެހުނު އިތުރު މީހަކު އެ ބަލިން ރަނގަޅުވެއްޖެކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ. މިރޭ އެ ސެންޓަރުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އެ ބަލީގައި ފަރުވާދެމުން ދިޔަ އިތުރު މީހަކު އެ ބަލިން ރަނގަޅުވެފައިވާ ކަމަށާއި ރާއްޖޭގައި އެ ބަލިން ރަނގަޅުވި މީހުންގެ އަދަދު 32 އަށް އަރާފައިވާ ކަމަށެވެ. އެއީ ދިވެއްސެކެވެ. އެންމެ ފަހުން ބަލިން ރަނގަޅުވެފައިވަނީ ކޭސް ނަންބަރު 52 ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ. މިއަދު މިހާތަނަށް 45 މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. މިހާތަނަށް ރާއްޖެއިން ޖުމުލަ 904 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، އެ އަދަދު ކުރިއަށް އޮތްތަނުގައި އިތުރުވާނެ ކަމަށް ޑޮކްޓަރުން އަންނަނީ ބުނަމުންނެވެ.
ރާއްޖެއިން ކޮވިޑް ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު 32 އަށް އަރައިފި
ބ. އަތޮޅުގައި އޮންނަ ޑްރީމްލޭންޑް މޯލްޑިވްސް ރިސޯޓުގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. މިއީ ރާއްޖެއިން ނުފުރި ތާށިވެފައި ތިބި ޓޫރިސްޓުން ބައިތިއްބާފައިވާ ރިސޯޓެވެ. އެމްއެންޑީއެފް އިންފޮމޭޝަންސް، މޭޖާ އިބްރާހީމް އާޒިމް ވިދާޅުވީ ޑްރީމްލޭންޑް މޯލްޑިވްސްގައި މިއަދު 1:20 ހާއިރު އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ޑްރީމްލޭންޑްގެ އަތިރިމަތީ ސަރަހައްދުގައި ހިމެނޭ ބާ ގައި ކަމަށް އޭނާ ވިދާޅުވި އެވެ. އާޒިމް ވިދާޅުވީ އެ އަލިފާނުގެ ހާދިސާ ހިނގުމާއެެކު މުވައްޒަފުން ވެގެން ވަނީ އަލިފާން ނިއްވާލާފައި ކަމަށެވެ. ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިން ތިބި ރިސޯޓެއް ކަމަށްވާ ޑްރީމްލޭންޑުގައި ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ބާ ގައި އަލިފާނުގެ ހާދިސާއެއް ހިނގުމަށް މެދުވެރިވެފައިވާ ސަބަބެއް އޭނާ ހާމަކުރައްވާފައެއް ނުވެ އެވެ.
ތާށިވި ޓޫރިސްޓުން ތިބި ޑްރީމްލޭންޑް ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް
ދެ ހާހުގެ އަހަރުތައް ފެށުމުގެ ކުރީން ރާއްޖޭގެ މަސައްކަތްތެރިންގެ ބާޒާރުގައި މުޅިން ވެސް އުޅުނީ ދިވެހީންނެވެ. އޭގެ ތެރެއިން ވެސް އެންމެ ބުރަ މަސައްކަތް ކުރި، ލޭބަރުންގެ ވަޒީފާތަކުގައި އުޅުނީ އަތޮޅުތަކަށް ނިސްބަތްވާ މީހުންނެވެ. އޭރު އެ މީހުންނާ ތޭތެރޭ ދުށީ ދެ ވަނަ ދަރަޖައިގެ މީހުންގެ ގޮތުގަ އެވެ. އަޅުގަނޑުގެ މައުލޫމާތު ކުށް ކަމުގައި ނުވާ ނަމަ އަތޮޅުތަކުން މާލެ އައި މީހުންނަށް ދެ ވަނަ ދަރަޖައިގެ ރައްޔިތުންގެ ގޮތުގައި ދެކޭ ދެކުމަށް ބަދަލު އައީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ގިނަ އަދަދަކަށް ބިދޭސީން އައުމާ ގުޅިގެންނެވެ. އޭގެ ކުރިން މާލެ އަށް އަތޮޅުތަކުން ކިޔަވަން ނޫނީ ވަޒީފާ އަދާ ކުރުމަށް އައި މީހުންނަކީ "ދެ ވަނަ ދަރަޖައިގެ "ބީރައްޓެހިން" ނޫނީ "ރާއްޖެތެރޭ" މީހުންނެވެ. އެ މީހުންނާ ދިމާލަށް އެ ގޮތަށް މުހާތަބު ކުރުން މަދުވީ، މަސްހުނި ކާވެނިތަކާ އެކު ކަމަށް ގަބޫލުކުރެވެ އެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުން ވެސް ކޮންމެ ވެސް ވަރަކަށް އެ މަގަށް ކުރި މަސައްކަތާ އެކު އެވެ. އެ ގޮތުން ރާއްޖެތެރެ ބޭނުން ކުރުމުގެ ބަދަލުގައި އަތޮޅުތަކުގެ މީހުން ބޭނުން ކުރުމަށް ބާރު އެޅި އެވެ. އަދި ރަށްފުށުގެ މީހުންގެ ބަދަލުގައި ރަށްރަށުގެ މީހުން ބޭނުން ކުރި އެވެ. އަޅުގަނޑަށް އެކަން އެނގެނީ އަޅުގަނޑަކީ ވެސް ސަރުކާރުގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބިފައިވާ މީހަކަށް ވާތީ ވެސްމެ އެވެ. ތެދެކެވެ. އެއިން ކޮންމެ ނަމެއް ކިޔިއަސް އަތޮޅުތަކުގެ މީހުން ނޫނީ ރަށްރަށުގެ މީހުންނަކީ ހަމަ ރަށްރަށުގެ މީހުންނެވެ. އެކަމާ ދެބަސްވާކަށް ނެތީމެވެ. އަދި އޭގެ އިތުރުން ކުރީގެ ރައީސް މައުމޫން ކުރެއްވި، އެކަމާ ގުޅޭ އެ ނޫން ވެސް ރަނގަޅު ކަމެއްގެ ވާހަކަ ބުނެލާނަމެވެ. އެއީ ހަސަބަކާއި ނަސަބަށް ބެލުމެއް ނެތި ސަރުކާރުގެ މަތީ މަގާމުތައް، އަތޮޅުތަކުގެ މީހުންނަށް ވެސް ދެއްވަން ފެއްޓެވުމެވެ؛ ބެއްލެވީ އެ މީހެއްގެ ތައުލީމާއި ގާބިލު ކަމަށެވެ. އަޅުގަނޑު މިހެން ދަންނަވާ އިރު، ކުރިއްސުރެ ވާރުތަވަމުން އައި، "ކުޑަ ސިޓީ" ހައްދައިގެން އަތޮޅުތަކުގެ މީހުން މާލެ އަށް އައުމުގެ ސަގާފަތް މައުމޫން ވެސް ދެމެހެއްޓެވި ކަން ހަނދާން ނައްތައެއް ނުލަމެވެ. އެކަމަކު އެ ސަގާފަތް ނިމުމަކަށް ގެނައީ ވެސް މައުމޫން އެވެ. ބިދޭސީންގެ މައްސަލާގައި ވޭތުވެ ދިޔަ ތިން ސަރުކާރުން ވެސް ވަނީ އިހުމާލުވެފަ އެވެ. ގޮތެއް ފޮތެއް ނެތި އަދި ރެގިއުލޭޓް ކުރަން ހުރި ނިޒާމުތައް ފޫދުއްވާލާފައި ބިދޭސީން ހައްދެއް ނެތި ރާއްޖެ އަށް އެތެރެ ކުރީ ވަކި ބައެއްގެ ޖީބަށް މިލިއަނުން މިލިއަނުން ފައިސާ ވެއްދުމަށް ކުރި ވަގު ވިޔަފާރިއެއްގެ ގޮތުގަ އެވެ. އެ ވިޔަފާރި ކުރި ފަރާތްތަކުގެ ތެރޭގައި ލައިން މިނިސްޓްރީގެ އޮފިޝަލުން ފެށިގެން އިމިގްރޭޝަން ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން ހިމެނެ އެވެ. ތެދެކެވެ. ރާއްޖޭގެ ތަރައްގީ އަށް ލޭބަރުން ބޭނުންވެ އެވެ. އަދި ކުރު މުއްދަތެއްގެ ތެރޭގައި ޓޫރިޒަމުގެ ބައެއެއް މަސައްކަތްތަކާއި އިމުރާނީ ތަރައްގީ މިވަރަށް ކުރިއަށް ދިއުމުގައި އެ މީހުންގެ ހިއްސާއަކީ ބޮޑު ހިއްސާއެކެވެ. އެއީ ދެ ބަސްވެވޭނެ ހަގީގަތެއް ނޫނެވެ. އެކަމަކު މިލިއަނުން ބިދޭސީން މަސައްކަތް ކުރިއަސް އެ މީހުން ރެގިއުލޭޓް ނުކުރެވި ދޫވެ ތިބެވިގެން ނުވާނެ އެވެ. އެއީ ގޯހެކެވެ. އެ މީހުން ރާއްޖޭގައި ތިބި ވަރަކީ، ބައެއް ރަށްރަށުގައި އެ މީހުންގެ އާބާދީ ފަސް ހަސަތޭކައަށް އެރުމެވެ. އަހަރަކު އެ މީހުން ބޭރު ކުރާ ބޭރު ފައިސާގެ އަދަދު 300 މިލިއަން ޑޮލަރު ނޫނީ 4.6 ބިލިއަން ރުފިޔާ އަށް އަރަ އެވެ. ކުދި އަދި މެދު ފަންތީގެ ގިނަ ވިޔަފާރިތަކެއް ކޮންޓްރޯލް ކުރަނީ އެ މީހުންނޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. މިއީ ތަންފުކެއް ބޮޑު ވަރު ނޫންތޯ އެވެ. މި ގޮތަށް މިކަން ކުރެވެނީ ދުނިޔޭގެ ކޮން ގައުމެއްގައިތޯ އެވެ؟ އަޅުގަނޑު ވެސް ގަބޫލު ކުރަމެވެ. އެހެންވާން ދިމާވުމުގައި ދިވެހިންގެ ކަންނެތްކަން ބޮޑު ދައުރެއް ކުޅެ އެވެ. އަޅުގަނޑަށް ހީވާ ގޮތުން ހަގީގަތުގެ އެއް ފަރާތަކީ އެއީ ކަމެވެ. ދެހާސް ސާދަ ވަނަ އަހަރުގެ ބޯހިމެނުމުގެ ހިސާބުތައް ދައްކާ ގޮތުން 15 އަހަރުން މަތީގެ އާބާދީއަކީ 244،000 މީހުންނެވެ. އޭގެ ތެރެއިން ލޭބާ ފޯސްގައި ހަރަކާތްތެރި ވަނީ 153،000 މީހުން، ނޫނީ 63 ޕަސެންޓް މީހުނެވެ. އަނެއް 87،000 މީހުން ނޫނީ 36 ޕަސެންޓް މީހުން ލޭބާ ފޯސްގައި ނޫޅެ އެވެ. ލޭބާ ފޯސްގެ 36 ޕަސެންޓް މީހުން އެކޮނަމީ އަށް ކޮންޓްރިބިއުޓް ކުރުމުގައި ނޫނީ މަސައްކަތުގެ މާހައުލުގައި ނޫޅެނީ ކީއްވެގެންތޯ މިއީ ގައުމީ ފެންވަރުގައި ދިރާސާކޮށް ބަލަން ޖެހޭ ކަމެކެވެ. އެއީ ދެވޭ ތައުލީމުގެ މައްސަލައަކުންތޯ ނޫނީ މަސައްކަތަށް ނުކުންނަ ޒުވާނުންނަށް އެކަށީގެންވާ އާމްދަނީއެއް ނުލިބި، އަވަށްޓެރި ގައުމުތަކުގެ އަގުހެޔޮ ލޭބަރުންނާ އެ މީހުން ވާދަކުރަން ޖެހޭތީތޯ، ނޫނީ ފަގީރު ކަމާއި މުއްސަނދި ކަމުގެ ފަރަގު މާ ބޮޑީތޯ ބަލަން ޖެހެ އެވެ. އަޅުގަނޑަށް އެނގޭ އެއް ކަމަކީ އެ މީހުން މަސައްކަތުގެ މާހައުލަށް ނެރެން ޖެހޭ ކަމެވެ. އަދި ރާއްޖޭގެ މުއްސަނދިކަން ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކުން އެ މީހުންނަށް ވަޒީފާ ދޭ އިރު، ބިދޭސީންނާއި އެ މީހުން އެއް މިންގަނޑަކުން ކިރިގެން ނުވާނެ ކަމެވެ. ގަބޫލު ކުރަމެވެ. ދިވެހީންނާއި ބިދޭސީންގެ މަސައްކަތުގެ އަހުލާގު އުޑާއި ބިމާހާ ތަފާތުވެދާނެ އެވެ. އެކަމަކު ދިވެހިން ވަޒީފާތަކަށް ނެރުމަކީ އެންމެންގެ ބޮލުގައި އެޅިފައިވާ ގައުމީ ވާޖިބެއް ނޫންތޯ އެވެ؟ މައާފު ކުރައްވާށެވެ. އަޅުގަނޑުގެ މައުލޫއަކީ ބަނގުލާދޭޝް މީހުންނަށް ބަންގާޅީން ކިޔުން ރަނގަޅުތޯ އެވެ. މި ސުވާލެވެ. ބައެއް ބޭފުޅުންގެ ނަޒަރުގައި އެއީ މައްސަލައެއް ނޫނެވެ. އެއީ ބަންްގުލާދޭޝް އަށް ބަންގާޅު އަދި އެ ގައުމުގެ މީހުންނަށް ބަންގާޅީން ކިއުން މައްސަލަކަށް ނުވާ ބީދައިންނެވެ. އެއީ ދިވެހިންނަށް މޯލްޑިވިއަނުން ކިޔާ ގޮތަށެވެ. އެ ކަމަކު ބަހަކީ އެ ބަސް މުޖުތަމިއުގައި ބޭނުން ކުރާ ގޮތެއްގެ މައްޗަށް ވަރަށް ބޮޑަށް ނިސްބަތްވާ އެއްޗެއްކަން އަޅުގަނޑުމެން ގަބޫލުކުރަން ޖެހެ އެވެ. އެ އުސޫލުން ބަލާ އިރު އަތޮޅުތަކުގެ މީހުންނަށް ކުރިން "ރާއްޖެތެރޭ މީހުން" ނޫނީ "ބީރައްޓެހިން" ކިޔި ގޮތަށް ބަންގުލާދޭޝް މީހުންނާ ދިމާލަށް ބަންގާޅީން ކިޔަނީ އެ މީހުންނަކީ ދެވަނަ ދަރަޖައިގެ ބައެއް ކަމަށް ދޭހަވާ ގޮތަށެވެ. މައްސަލައަކީ މިއީ އެވެ. ހުރިހާ އިންސާނުންނަކީ ވެސް އެއް ހަމައަކުން ބަލަން ޖެހޭ އިންސާނުންނެވެ. އަޅުގަނޑު މިހެން ދަންނަވާ އިރު ވެސް ބިދޭސީން ރެގިއުލޭޓް ނުވެ ރާއްޖޭގައި އުޅުމާ މެދު އަޅުގަނޑަކީ ފާޅުގައި ދެކޮޅު ހަދާ މީހަކީމެވެ. އެކަމަކު އެ އޭގެ މާނައަކީ އެ މީހުންނަކީ ދެ ވަނަ ދަރަޖައިގެ އިންސާނުން ކަމަށް ދުށުމެއް ނޫނެވެ. ޑޮކްޓަރު ނަޒުލާ ރަފީގު ވިދާޅުވި ގޮތަށް، ހާއްސަކޮށް އާންމު ޓީވީގައި ބަންގްލާދޭޝް މީހުންނަށް "ބަންގާޅީން"ނޭ ބުނަމަކީ އެ މީހުންނަކީ ދެ ވަނަ ދަރަޖައިގެ އިންސާނުންގެ ގޮތުގައި ދެކުމެވެ. އެއީ ހުއްޓުވަން ޖެހޭނެ ކަމެކެވެ. ޑރ. ނަޒުލާ އަށް މަރުހަބާ އެވެ. ވިލިވަރުގައި ބިދޭސީންނާ ދޭތެރޭ އަމަލުކުރީ ވެސް އެ ބީދައިންނެވެ. އެއީ ވެސް ގޯހެކެވެ. އިންސާނަކަށް ވީތީ އިންސާނިއްޔަތުކަން މިނާ ގޮތް ތަފާތުކުރެވިގެން ނުވާނެ އެވެ. ތަފާތުކުރަން ޖެހޭނީ އެ ނޫން ކަންކަމުގަ އެވެ.
ބިދޭސީން، ދެވަނަ ދަރަޖައިގެ މީހުންތަ؟
ކޮވިޑް-19 އާ ގުޅިގެން ކުރާ މަސައްކަތްތަކުގައި އެހީތެރިވުމަށާއި ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ހޯދުމަށް ޓަކައި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ)ގެ ފަރާތުން އިމަޖެންސީ ފައިނޭންސިންގްގެ ގޮތުގައި 15 މިލިއަން އެމެރިކާ ޑޮލަރު (231.30 މިލިއަން ރުފިޔާ)ގެ ލޯނެއް އެސްޓީއޯ އަށް ހަމަޖައްސައިދީފި އެވެ. އެސްޓީއޯއިން ބުނީ މި ލޯނުގެ އިތުރުން ނޮވެލް ކޮރޯނާ ވައިރަސްއާ ދެކޮޅަށް ކުރާ މަސައްކަތުގައި ބޭނުންކުރާ އިމަޖަންސީ މެޑިކަލް އިކުވިޕްމަންޓް ހޯދުމަށް ވެސް އައިޓީއެފްސީއިން ރާއްޖެ އަށް ހިލޭ އެހީ (ގްރާންޓް) ފޯރުކޮށްދޭނެ ކަމަށެވެ. އައިޓީއެފްސީގެ ފައިނޭންސް އަދި ގްރާންޓްގެ އެހީއާއެކު އެސްޓީއޯ އިން ކާޑާ ބޭހާ، އަދި ސިއްހީ މަސައްކަތްތެރިންނަށް ބޭނުންވާ އެންޓި-ފޮގް ފޭސް ޝީލްޑް، ސޭފްޓީ ގޮގްލް، އަދި ޕްރޮޓެކްޓިވް ޔުނިފޯމް ސޫޓް ފަދަ މުހިއްމު ޕަރސަނަލް ޕްރޮޓެކްޓިވް އިކުވިޕްމަންޓްތައް ފޯރުކޮށްދޭނެ ކަމަށް އެކުންފުނިން ބުނެ އެވެ. އެސްޓީއޯގެ ފަރާތުން އެކުންފުނީގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު ހުސެން އަމްރު މުޙައްމަދު ރަޝާދު ވިދާޅުވީ، އައިޓީއެފްސީގެ އެހީގެ ސަބަބުން ދިވެހި ސަރުކާރުން ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަވާނެ ކަމަށެވެ. "އައިޓީއެފްސީއިން އެސްޓީއޯއަށް ފޯރުކޮށްދީފައިވާ ގްރާންޓްގެ ސަބަބުން ރިސްކްތައް ދެނެގަތުމަށާއި ސްކްރީން ކުރުމާއި ކޮންޓެކްޓް ޓްރޭސިން ހެދުމާއި ބައްޔަށް ޝައްކު ކުރެވޭ އަދި ބަލިޖެހިފައިވާ ފަރާތްތައް ޓެސްޓް ކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަވެ، ހަރުދަނާ ވާނެ. މީގެ އިތުރުން މި ފަންޑިންގެ ސަބަބުން ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތައް ވެސް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެ." އަމްރު ވިދާޅުވި އެވެ. އައިޓީއެފްސީ އިން ދޭ މި ލޯނާއި ހިލޭ އެހީއަކީ އެ ކުންފުނިން ކޮވިޑް-19 އާ ދެކޮޅަށް ކުރިއަށްގެންދާ ހަރަކާތްތަކުގައި އެ ކުންފުނީގެ މެމްބަރު ގައުމުތަކަށް އެހީވުމުގެ ގޮތުން ކުރުމަށް ރާވާފައިވާ ކަމެކެވެ. އައިޓީއެފްސީގެ ކޮވިޑް-19 ރެޕިޑް ރެސްޕޮންސް ފެސިލިޓީގެ 300 މިލިއަން އެމެރިކާ ޑޮލަރަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ 3އާރު (ރެސްޕޮންޑް، ރީސްޓޯ، ރީސްޓާޓް) ރެސްޕޮންސް ޕެކޭޖްގެ ގޮތުގައި ކަނޑައަޅާފައިވާ 2.3 ބިލިއަން އެމެރިކާ ޑޮލަރުގެ ތެރެއިން ބައެކެވެ. އައިޓީއެފްސީގެ ޕެކޭޖާ ބެހޭގޮތުން އައިޓީއެފްސީގެ ސީއީއޯ އެންޖިނިއަރު ހާނީ ސަލެމް ސޮންބޮލް، ވިދާޅުވީ މިފަދަ ދަތި ވަގުތެއްގައި އެ ކުންފުނީގެ މެމްބަރު ގައުމުތަކަށް ބޭނުންވާ މުހިންމު ކަންތައްތަކުގައި އެހީވުމަށް އެފަރާތްތަކާ އެކު ތިބުމަކީ ކުންފުނީގެ މެންޑޭޓެއް ކަމަށެވެ. އައިޓީއެފްސީއަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް ގްރޫޕްގެ މެމްބަރެކެވެ. އެ ކުންފުނި އުފެއްދުމުގެ މައިގަނޑު މަގްސަދަކީ އޯއައިސީ މެމްބަރު ގައުމުތަކުގެ މެދުގައި ވިޔަފާރި ކުރިއެރުވުމާއެކު މިކަމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޖްތިމާއީ އަދި އިގްތިސާދީ ކަންތައްތައްވެސް އިތުރަށް ކުރިއެރުވުމަށެވެ. ޖެނުއަރީ 2008ގައި އައިޓީއެފްސީ އުފެއްދުމަށް ފަހު މިހާތަނަށް އައިއިރު އޯއައިސީ މެމްބަރު ގައުމުތަކަށް 51 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ އަދަދަކަށް އެކުންފުނިން ވަނީ ފައިސާ ދޫކޮށްފަ އެވެ.
އައިޓީއެފްސީން އެސްޓީއޯއަށް 15 މިލިއަން ޑޮލަރުގެ ލޯނެއް ހަމަޖައްސައިދީފި
ނެޓްފްލިކްސްގެ އޮރިޖިން ސީރީޒް ލޫސިފާގެ ފަހު ސީޒަން (ސީޒަން ފަހެއް) މިއަހަރު ނެޓްފްލިކްސް އިން ސްޓްރީމްކުރާނެ ކަމަށް ޚަބަރުތައް ބުނެފިއެވެ. ލޫސިފާގެ ހަތަރު ވަނަ ސީޒަން މިދިޔަ އަހަރު ދެއްކިއިރު ލޫސިފާ އަކީ މިދިޔަ އަހަރު އެންމެ ގިނަ މީހުން ސްޓްރީމް ކުރި ސީރީޒްވެސްމެއެވެ. ދިވެހިންގެ މެދުގައި ވެސް ބޮޑު މަގްބޫލުކަމެއް ލިބިފައިވާ ލޫސިފާގެ ފަހު ސީޒަން ނެޓްފްލިކްސްއިން ސްޓްރީމްކުރާނީ މިއަހަރު އިރުވައި މޫސުމުގައެވެ. ފޮކްސް އިން 2016 ވަނަ އަހަރު ފެށި ސީރީޒްގެ ތިން ސީޒަނަށް ފަހު އެ ސީރީޒް ކެންސަލްކުރި ނަމަވެސް ލޫސިފާ ވަނީ ހަތަރުވަނަ ސީޒަނަކާއެކު އެނބުރި އައިސްފައެވެ. ލޫސިފާގެ ފަސް ވަނަ ސީޒަންގެ އޮފިޝަލް ޓްރެއިލާއެއް އަދި ރަސްމީކޮށް ދައްކާލައިފައެއް ނުވެއެވެ. ޚަބަރުތައް ބުނާގޮތުގައި ފަސްވަނަ ސީޒަންގެ ޓްރެއިލާ ނުކުންނާނީ ޖޫން މަސްތެރޭގައި ކަމަށެވެ. މި ސީޒަނުގައި ޖުމްލަ 16 އެޕިސޯޑު ހިމެނޭނެއެވެ.
"ލޫސިފާ"ގެ ފަހު ސީޒަން މި އަހަރު
ކައުންސިލްތަކުން ދޭ އެހީ ކަނޑައެޅުމާ ބެހޭ އުސޫލާ ހިލާފަށް އެއްވެސް ބަވަތެއްގެ އެހީއެއް އަދި ސަބްސިޑީއެއް ނުދިނުމަށް ކައުންސިލްތަކަށް ހަނދާންކޮށްދީފި އެވެ. ފިނޭންސް މިނިސްޓްރީގެ ދަށުގައި އޮންނަ ދައުލަތުގެ އިންޓާނަލް އޮޑިޓް ކޮމެޓީއިން ނެރުނު އެޑްވައިޒަރީއެއްގައި ބުނެފައިވަނީ އެކި ކަންކަމާ ގުޅިގެން ލޯކަލް ކައުންސިލްތަކަށް ލިބެންޖެހޭ ފައިސާ މާފުކުރުމާއި، ސަބްސިޑީ ދިނުމާއި، ހާއްސަ އެހީ ދިނުމާއި، އަމިއްލަ ފަރުދުންނަށް އެކި ބާވަތްބާވަތުގެ އެހީތައް ކައުންސިލްގެ މާލިއްޔަތުން ދޭ ކަމުގެ ޝަކުވާ އެ ކޮމެޓީއަށް ލިބެމުންދާ ކަމަށެވެ. ދައުލަތުން އެއްވެސް ފަރާތަކަށް އެހީއެއް ދޭންޖެހިއްޖެނަމަ އެ އެހީއެއް ދޭންޖެހޭނީ މާލިއްޔަތު ގަވައިދުގެ 6.23 ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއްގެ ދަށުން ކަމަށާއި އެ އެހީ ދެވޭނީ އެ ދާއިރާއެއްގެ އެންމެ މަތީ ވެރިއެއްގެ ހުއްދައާއެކު މާލީ ޒިއްމާދާރުވެރިޔާ ފިނޭންސަށް މިނިސްޓްރީއަސް ހުށަހަޅައިގެން ކަމަށް މާލިއްޔަތު ގަވައިދު ބުނާކަމަށް އެ އެޑްވައިޒަރީގައި ބުނެފައިވެ އެވެ. އެހީގެ ފައިސާ ދޫކުރެވޭނީ އެ އަހަރުގެ ބަޖެޓުގައި އެފަދަ ކަންކަމަށް ހަރަދުކުރުމަށް ފައިސާ ކަނޑައެޅިފައި އޮވެގެން ބުވަތަ ނުވަތަ އެކަމެއް ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅައިގެން އެ އޮފީހެއްގެ ބަޖެޓަށް ފައިސާ ލިބިގެން ކަމަށްވެސް ބުނެފައިވެ އެވެ. މީގެއިތުރުން، ފިނޭންސް އިން އާންމުކޮށްފައިވާ "ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަލުކުރާނެގޮތުގެ އުސޫލު" ގެ 17 ވަނަ މާއްދާގައި، ތަކެތި ނުވަތަ ހިދުމަތުގެ އަގު ހެޔޮކުރުމުގެ ގޮތުން އެހީއެއް ނުވަތަ ސަބްސިޑީއެއް ކައުންސިލްތަކުން އެއްވެސް ފަރާތަކަށް ފޯރުކޮށްދީގެން ނުވާނެކަމަށް ބަޔާންކޮށްފައިވާނެ ކަމަށް ބުނެފައިވެ އެވެ. ކައުންސިލްތަކުން ފައިސާ އާއި، "އިން ކައިންޑް" އެހީ ފޯރުކޮށްދެވޭނީ، ޖަމާއަތުގެ ފައިދާއަށްޓަކައި ވަކި ކަމަކަށް ހާއްސަކުރެވިގެން، ރަށުގެ ތަރައްގީއަށް އެކަމުން މަންފާކުރާ ޕްރޮގްރާމްތައް ހިންގާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާތަކަށާއި، ކައުންސިލުގެ އިދާރީ ދާއިރާގައި ހަރަކާތްތެރިވާ ކޯޕަރޭޓިވް ސޮސައިޓީތަކަށް ކަމަށާއި، އެނޫން އެހެން ފަރާތްތަކަށް އިންކައިންޑް އެހީތެރިކަން ކައުންސިލްތަކަށް ފޯރުކޮށް ނުދެވޭނެ ކަމަށް އެ އުސޫލުގައި ބުނެފައިވާނެ ކަމަށް އެޑްވައިޒަރީގައި ބުނެފައިވެ އެވެ. މީގެ އިތުރުން ކައުންސިލްތަކުގެ މާލިއްޔާއިން ހަރަދު ކުރަންވާނީ މާލިއްޔަތު ގަވައިދާ އެއްގޮތަށް ކަމަށް އެލްޖީއޭ އިން އެކުލަވާލާފައިވާ "ކައުންސިލްތަކުގެ މާލިއްޔަތުން ހަރަދުކުރުމުގައި ކައުންސިލްތަކުން އަމަލުކުރަންޖެހޭ ގޮތުގެ އުސޫލު" ގައި ބުނެފައިވާ ކަމަށާއި އެ އުސޫލުގައި ކައުންސިލުގެ މާލިއްޔަތުން ހަރަދު ނުކުރެވޭނެކަމަށް ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، ވަކި ރައްޔިތެއްގެ ނުވަތަ ރައްޔިތުންތަކެއްގެ ފަރުދީ މަސްލަހަތު ހިމާޔަތްކުރުމަށް ހަރަދުކުރުމާއި، ކައުންސިލުން ފާސްކޮށްފައިވާ ބަޖެޓުގައި ނުހިމެނޭ ކަންކަމަށް ހަރަދު ކުރުން ހިމެނޭ ކަމަށް ބުނެފައިވެ އެވެ. އިންޓާނަލް އޮޑިޓް ކޮމެޓީގެ އެޑްވައިޒަރީގައި ބުނީ މި މައްސަލައާ ގުޅިގެން އެ ކޮމިޓީގެ ފަރާތުން، ކައުންސިލްތަކުން "އިން ކައިންޑް" ގެ ގޮތުގައި އެހީތައް ރައްޔިތުންނަށް ދެވިދާނެތޯ ބެލުމަށް އެޓާނީ ޖެނެރަލްގެއޮފީހުގެ ލަފަޔަކަށް އެދުނު ކަމަށެވެ. އަދި ކައުންސިލުތަކުން ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން "އިން-ކައިންޑް" ގެ ގޮތުގައި ރައްޔިތުންނަށް އެހީ ދިނުމަކީ ކަމާގުޅޭ ގާނޫނުތަކަށް ރިއާޔަތްކުރާއިރު ހުއްދަކަމެއް ކަމަށް ނުފެންނަކަމަށް އެ އޮފީހުން ލަފާދީފައިވާ ކަމަށް ވެސް ބުންޏެވެ. އެހެންކަމުން، ކައުންސިލުގެ މާލިއްޔަތުން ހަރަދުކުރަންވާނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ކަމަށާއި، މިނިސްޓްރީ އޮފް ފިނޭންސްއިން އާންމުކޮށްފައިވާ "ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަލުކުރާނެގޮތުގެ އުސޫލު" ގައި ބަޔާންކޮށްފައިވާ ގޮތަށް ނޫން ގޮތްގޮތަށް ކައުންސިލްތަކުން ސަބްސިޑީއާއި، "އިންކައިންޑް" ގެ ގޮތުގައި އެއްވެސް ފަރާތަކަށް އެއްވެސް އެހީއެއް ދިނުމަށް، ކަމާއި ގުޅޭ ގާނޫނުތަކާއި ގަވައިދުތައް ތަންނުދޭކަމަށް ހުރިހާ ކައުންސިލްތަކަށް ހަނދާންކޮށްދޭ ކަމަށް އެޑްވައިޒަރީގައި ބުނެފައިވެ އެވެ.
ކައުންސިލްތަކުން އާންމުންނަށް ހިލޭ އެހީ ނުދޭން އަންގައިފި
ކޮވިޑް-19އާ ގުޅިގެން ކ. މާފުށި މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައި އޮތުމުން، މިވަގުތު މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގޭބަންދަށް ބަދަލުކުރަން އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ގޮވާލައިފި އެވެ. ކޮވިޑް-19އާ ގުޅިގެން ކަމާ ބެހޭ ފަރާތްތަކުން ވަނީ މިހާތަނަށް މީހުން ދިރިއުޅޭ 243 ތަނެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އޭގެ އިތުރުން 22 ރަށެއް ވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވެ އެވެ. އޭގެ ތެރޭގައި މާފުށި ހިމެނެއެވެ. އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެންދިޔައީ އިއްޔެ އެވެ. އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މާފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ އިރު، އެ ރަށުގެ ޖަލު މިވަގުތު އޮތް ހާލަތު ނޭނގޭތީ އާއި، ރައީސް ޔާމީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ މިންވަރު އެއްވެސް ވަރަކަށް ނޭނގޭތީ އެ ކޯލިޝަނުގެ ކަންބޮޑުވުމެއް ކަމަށެވެ. އަދި ރަށް މޮނިޓަރިންގައި އޮތުމުން އެމަނިކުފާނަށް ލޯޔަރުންނާ ބައްދަލު ކުރަން ލިބޭ ފުރުސަތު ގެއްލިގެން ހިނގައިދާނެކަމުގެ ކަންބޮޑުވުން އެ ކޯލިޝަނުން ފާޅު ކުރި އެވެ. އެ ސަަބަބުތައް ބަޔާންކޮށް، އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށްދިނުމަށް އެ ކޯލިޝަނުން ގޮވާލި އެވެ. "އެހެން ކަމުން ރައީސް އަބްދުﷲ ޔާމީންއަބްދުލްގައްޔޫމްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، މިހާރުން މިހާރަށް އެމަނިކުފާނު ގެއަށް ބަދަލުކޮށްދެއްވުމަށް ގޮވާލަމެވެ. އަދި މާފުށީ ޖަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އެޅުމަށްވެސް ގޮވާލަމެވެ." ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައިވެއެވެ. އޭގެ އިތުރުން، އިދިކޮޅުގެ ބަޔާނުގައި ވަނީ މާފުށި މޮނިޓަރިންގެ ހާލަތަށް ގެނައި ސަބަބެއް ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފައި ނުވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ރަށުގެ ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ބިރުވެރިކަމަށް ތަސައްލީއެއް ދިނުމުގެ ގޮތުން އެ ރަށުގެ "ހަގީގީ ހާލަތު" ބަޔާންކޮށްދިނުމަށްވެސް އެ ކޯލިޝަނުން ގޮވާލި އެވެ. މީގެ ކުރިން އިދިކޮޅު ކޯލިޝަނުން ވަނީ ރޯދަ މަހާ ދިމާކޮށް ރައީސް ޔާމީން ގޭބަންދަށް ބަދަލު ކުރުމަށް ގޮވާލައިފައެވެ. އެ ކޯލިޝަނުން ބުނާ ގޮތުގައި އެމަނިކުފާނުގެ މައްޗަށްކޮށްފައި ވަނީ ސިޔާސީ ދައުވާއެއްގެ ހުކުމެކެވެ. ރައީސް ޔާމީން ތަންފީޒު ކުރައްވަމުން ގެންދަވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ލީސްކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވުމުން އެމަނިކުފާނުގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމެކެވެ.
މާފުށި މޮނިޓަރިންގެ ހާލަތުގައި އޮތުމުން ރައީސް ޔާމީން ގޭބަންދަށް ބަދަލު ކުރަން ގޮވާލައިފި
ރަމަޟާން މަސް ނިމި، މި އަންނަ ފިތުރު އީދުގެ ނަމާދު ޖަމާއަތުގައި ނުކުރުމަށާއި މިފަހަރު އީދު ނަމާދު ގޭގައި ކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ. މިފަހަރު ފިތުރު އީދު ދުވަސްކަމުގައި ކަލަންޑަރުގައި ކަނޑައަޅާފައި ވަނީ މި މަހުގެ 24ވާ އާދިއްތަ ދުވަހެވެ. އީދު ނަމާދާ ގުޅޭ ގޮތުން މިއަދު އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނީ، އީދު ނަމާދު ޖަމާއަތުގައި ކުރުމަކީ އިސްލާމްދީނުގައި ވަރަށް މަތިވެރި ޝިއާރެއް ކަމަށާއި ނަމަވެސް މިފަހަރު އީދު ކުރިމަތި މިވަނީ ނުރައްކާތެރި ކޮވިޑް19ގެ ބަލިމަޑުކަމާއެކު، ބަލިން ރައްކާތެރިވުމުގެ ގޮތުން ގިނަ މީހުން އެއްތަންވެ އުޅުން މަނާވެ، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓި، އާންމުން ގޭގައި މަޑުކުރަން ޖެހިފައިވާ ދަނޑިވަޅެއް ކަމަށެވެ. ނަމަވެސް މި ދަނޑިވަޅުގައިވެސް ގޭގައި ތިބެ ފަރުދީގޮތުން އީދު ނަމާދު ކުރުން އިސްލާމް ދީނުގައި ހުއްދަ ވެގެންވާ ކަމަށް ބަޔާނުގައި ބުންޏެވެ. "އީދު ނަމާދުގެ އާންމު ބޮޑު ޖަމާއަތް ގާއުމް ނުކުރެވޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ފަރުދީގޮތުން ގޭގައި ތިބެ އެ ޝިއާރު ގާއިމްކުރުން ޝަރުއުވެގެންވެ އެވެ. އެގޮތުން ޝަރުއީ އުޒުރެއްގެ ސަބަބުން އީދުގެ ބޮޑު ޖަމާއަތް ފާއިތުވެއްޖެނަމަ، އަނަސްގެފާނު ގޭގައި އަހުލުވެރިންނާއެކު ޖަމާއަތުގައި އީދު ނަމާދު ކުރައްވާފައިވާކަން ސައްހަ ރިވާޔަތްތަކުން ވާރުދުވެފައިވޭ،" އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ސޮއިކުރައްވާ ނެރުނު ނޫސްބަޔާނުގައިވެ އެވެ. ބަޔާނުގައި އަދި ބުނީ މިފަދަ ހާލަތެއްގައި ގޭގައި އީދު ނަމާދު ކުރާނީ މައިދާނުގައި ނުވަތަ މިސްކިތުގައިވެސް އީދު ނަމާދު ކުރާ ފަދައިން ކަމަށެވެ. ނަމަވެސް ގޭގައި އީދު ނަމާދު ކުރާއިރު ހުތުބާ ދިނުމެއް ނޯންނާނެ ކަމަށާއި އެއީ ހުތުބާއަކީ، ހާކިމާގެ އަމުރަށް ޖަމާއަތުގައި ނަމާދު ކުރާއިރު ކިޔުމަށް އޮންނަ ސުންނަތެއް ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ. "އީދު ނަމާދު ކުރާނީ ބަންގި ގޮވުމާއި ގަމަތް ދިނުމަކާނުލައެވެ. ގޭގައި އީދު ނަމާދު އެކަނިވެސް ކުރެވޭނެއެވެ. ނަމަވެސް ގޭގައި އަހުލުވެރިންނާއެކު ޖަމާތުގައި ކުރުން އައުލާކަން ބޮޑު،" ބަޔާނުގައި ބުންޏެވެ. މިނިސްޓްރީގެ ނޫސްބަޔާނުގައި ވަނީ ގޭގައި އީދު ނަމާދު ކުރާއިރު އަމަލުކުރަންވީ ގޮތުގެ އިރުޝާދުތައްވެސް ދީފަ އެވެ. ގޭގައި އީދު ނަމާދު ކުރާއިރު އަމަލުކުރާނެ ގޮތް: އީދު ނަމާދަށް ނިޔަތްގަނެ ހަރަންބަތް ތަކްބީރު ކިޔައި، ހަށަންބަނދެ، ދުއާއުލް އިސްތިތިފްތާހު ކިޔުން ހަށަންބަތް ތަކްބީރު ފިޔަވައި ވިދިވިދިގެން ހަތް ތަކުބީރު ކިޔުން. ކޮންމެ ތަކުބީތެއްގައިވެސް ދެއަތް ދެކޮނޑާ ހަމައަށް އުފުލުން އެއަށްފަހު، ފާތިހާ ސޫރަތް ކިޔަވައި، ސޫރަތުލް އަޢުލާ ނުވަތަ އެމީހަކަށް ފަސޭހަ ސޫރަތެއް ކިޔެވުން. އެއަށްފަހު، އެހެން ނަމާދުތަކޭ އެއްފަަދައިން ފުރަތަމަ ރަކްއަތް ފުރިހަމަކުރުމަށްފަހު ދެވަނަ ރަކްއަތައް ތެދުވުން. ދެވަނަ ރަކްއަތަށް ތެދުވަމުން ކިޔާ ތަކްބީރުގެ އިތުރުން ވިދިވިދިގެން ފަސް ތަކްބީރު ކިޔުން. ކޮންމެ ތަކުބީރެއްގައިވެސް ދެއަތް ދެކޮނޑާ ހަމައަށް އުފުލުން. ދެވަނަ ރަކްއަތުގައި ފާތިހާ ސޫރަތް ކިޔަވައި، ސޫރަތުލް ޣާޝިޔާ ނުވަތަ އެމީހަކަށް ފަސޭހަ ސޫރަތެއް ކިޔެވުން. ދެވަނަ ރަކްއަތް ފުރިހަމަކޮށް، އައްތަހިޔާތު ކިޔުމަށްފަހު ސަލާމް ދިނުން. "އީދު ނަމާދުގެ ބޮޑު ޖަމާއަތް ނުހެދުނު ނަމަވެސް ގޭގައި އިޑު ނަމާދު ކުރުމަށާއި ގިނަގިނައިން ތަކުބީރު ކިޔައި، ދުއާކޮށް، ޝަރުއި ހަމަތަކުގެ މަތިން ރައްކާތެރިކަމާއެކު ގޭގެ އަހުލުވެރިންނާއެކު އީދު އުފާ ފާޅުކުރުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވެ ވަސީއަތް ކުރަމެވެ،" ބަޔާނުގައި ބުންޏެވެ. ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތުގައި ޖަމާއަތުގައި ނަމާދު ނުކުރާގޮތަށް ނިންމާފައި އޮތް އޮތުން މިިމަހު 28 ވަނަ ދުވަހުގެ އަސުރު ނަމާދުގެ ނިޔަލަށް އިސްލާމިކް މިނިސްޓްރީން ވަނީ އިތުރުކޮށްފައެވެ. ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލާފައި ވަނީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހު އެވެ
އީދުނަމާދު ގޭގައި ކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި
އެޗްޕީއޭ އަދި ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުން ކޮވިޑް-19 ފެތުރުމާ ދެކޮޅަށް އަޅައިފައިވާ ފިޔަވަޅުތަކާ ޚިލާފަށް ތަކުރާރުކޮށް އަމަލުކުރި މީހަކު އދ. އޮމަދޫން ހައްޔަރުކޮށްފިއެވެ. ރާއްޖޭގައި ކޮވިޑް-19 ފެތުރުމާ ގުޅިގެން ބަލި އިތުރަށް އެހެން ރަށްތަކަށް ފެތުރިޔަ ނުދިނުމަށްޓަކައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަނީ އެއް ރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުމެއް ނެތި ދަތުރުކުރުން މަނާކޮށްފައެވެ. ފުލުހުން ބުނީ އޮމަދޫގެ ޓާސްފޯހުގެ ހުއްދައާ ނުލައި ރަށުން ބޭރަށް ދަތުރުކޮށްފައިވާ އަދި ޓާސްކްފޯހުގެ ނަސޭހަތްތަކާއި އިރުޝާދުތަކާއި ޚިލާފްވި މީހަކު މިރޭ 21:15 އެހައިކަންހާއިރު އޮމަދޫއިން ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރެވިފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހައްޔަރުކުރެވުނު މީހާ ވަނީ ރަށުގެ ޓާސްކްފޯހުން ލިޔުމުން އަދި އަނގަބަހުން ދިން ނަސޭހަތަށްވެސް ބޯނުލަނބައި ޓާސްކްފޯސްގެ މަސައްކަތަށް ހުރަސްއަޅައިފައިކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ މިހާރު ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
އޮމަދޫ ކޮވިޑް ޓާސްކް ފޯހުގެ މަސައްކަތަށް ހުރަސްއެޅި މީހަކު ހައްޔަރުކޮށްފި
އެމެރިކާގެ ޑެންބަރީގައި ދިރިއުޅެމުން ދިޔަ ޖޮނަތަން ކޮއެލްހޯއަކީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ސިއްހަތު ރަނގަޅު، 32 އަހަރުގެ ފިރިހެނެކެވެ. ނަމަވެސް މިދިޔަ މަހު އޭނާ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، މިދިޔަ ބުދަ ދުވަހު ކުއްލި ގޮތަކަށް މަރުވުން ވެގެން ދިޔައީ އޭނާ ދަންނަ އެންމެން ސިއްސުވާލި ކަމަކަށެވެ. ހާއްސަކޮށް އޭނާގެ އަންހެނުން ކޭޓީ އާއި ކުޑަ ދެ ކުދިންނަށެވެ. ނަމަވެސް ޖޯންގެ ހާލު އެންމެ ސީރިއަސްވި ވަގުތުވެސް އޭނާ ވިސްނަމުން ދިޔައީ އާއިލާއާ މެދުކަން އޭނާގެ ފޯނުގައި ލިޔެފައި އޮތް ނޯޓަކުން ވަނީ އެނގިގެންގޮސްފަ އެވެ. "އަހަރެންގެ ހިތުގެ އެންމެ ފުންމިނުން ތި އެންމެން ދެކެ ލޯބިވަން އަދި [މި އާއިލާއިން] ވަނީ އަހަރެންނަށް ހީނުކުރާ ވަރުގެ އުފާވެރި ދިރިއުޅުމެއް ދީފަ. އަހަރެން ވަރަށް ނަސީބުގަދަ އަދި [ކޭޓީ]ގެ ފިރިމީހާއަށް ވުމުންނާއި ބްރޭޑިން އާއި ޕެނީގެ ބައްޕައަށް ވުމަކީ އަހަރެން ވަރަށް ފަހުރުވެރިވާ ކަމެއް،" ޖޯންގެ ނޯޓުގައިވެ އެވެ. ސީއެންއެންއާ ވާހަކަ ދައްކަމުން ކޭޓީ ބުނި ގޮތުގައި އޭނާ އާއި ޖޯން ބައްދަލުވީ ކޮލެޖުގައި ކިޔަވަން އުޅުނު ދުވަސްވަރު އެވެ. އަދި 2011 ވަނަ އަހަރު ލޯބީގެ ގޮތުން ގުޅި، ކައިވެނި ކުރީ 2013 ވަނަ އަހަރުގަ އެވެ. އޭގެ ފަހުން އެ ދެ މީހުންނަށް ވަނީ ދެ ކުދިން ލިބިފަ އެވެ. އެއީ ދެ އަހަރުގެ ބްރޭޑިން އާއި 10 މަހުގެ ޕެނެލޮޕީ އެވެ. ބްރޭޑިން އުފަންވެފައި ވަނީ ސެރީބްރަލް ޕަލްސީ އާއި އެހެނިހެން ސިއްހީ ބައެއް މައްސަލަތަކާ އެކުގަ އެވެ. އަދި ބްރޭޑިން ހަ ހަފްތާއަށް ވުރެ އިތުރަށް ދިރިހުރުމުގެ ފުރުސަތު ކުޑަ ކަމަށް ޑޮކްޓަރުން ބުނި ނަމަވެސް ބްރޭޑިންގެ ފުރާނަ ސަލާމަތް ކުރެވުނު ކަމަށް ކޭޓީ ބުންޏެވެ. ޖޯން ފޯނުގައި ލިޔެފައި އޮތް މެސެޖު -- ފޮޓޯ: ކޭޓީ ކޮއެލްހޯ ބްރޭޑިން އަށް ބޭނުންވާ ހާއްސަ ފަރުވާތައް ދިނުމަށާއި ޕެނެލޮޕީއަށް އަޅާލަން ކޭޓީ ގޭގައި ހުންނަ އިރު ޖޯން އަކީ ކޯޓްހައުސްއެއްގައި މަސައްކަތް ކުރަމުން ދިޔަ ޕްރޮބޭޝަން އޮފިސަރެކެވެ. އަދި އޭނާއަކީ އަސާސީ ހިދުމަތްދޭ މުވައްޒަފެއް ކަމުން، ކޮރޯނާވައިރަސް ފެތުރެމުން ދިޔަ އިރުވެސް ޖޯން ދިޔައީ ވަޒީފާއަށް ނުކުންނަމުންނެވެ. ކޭޓީ ބުނި ގޮތުގައި ޖޯންއާ ދިމާވި މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވިކަން އެނގުނީ މިދިޔަ މަހުގެ 24ގަ އެވެ. އަދި ޖޯން ޓެސްޓު ކުރުމުން އޭނާވެސް ޕޮޒިޓިވްވި އެވެ. އެއަށް ފަހު ޖޯން ފުރަތަމަ ކަރަންޓީނުވީ ގޭގައި ނަމަވެސް، ޓެސްޓު ކުރިތާ 24 ގަޑި އިރު ތެރޭ އޭނާ ވަރަށް ބޮޑަށް ކެއްސާ، ނޭވާލާން އުނދަގޫވި އެވެ. އޭގެ ސަބަބުން ޖޯން ހޮސްޕިޓަލުގައި އެޑްމިޓު ކުރަން ޖެހުނެވެ. ކޭޓީ ބުނި ގޮތުގައި ޑޮކްޓަރުން ފުރަތަމަ ބެލީ ބޭސް ދިނުމުން ޖޯންގެ ހާލު ރަނގަޅުވޭތޯ އެވެ. ނަމަވެސް ބޭހުން ފަސޭހަ ނުވުމުން، އޭނާ ގިނަ އިރު ހޭނައްތާ، ވެންޓިލޭޓަރަށް ލާން ޖެހުނީ އެވެ. ޖޯން ވެންޓިލޭޓަރަށް ލި ފަހުންވެސް ޑޮކްޓަރުން ތިބީ އޭނާ މުޅިން ރަނގަޅު ވާނެ ކަމަށް އުއްމީދުކޮށްގެންނެވެ. އަދި މިދިޔަ ބުރާސްފަތި ނުވަތަ ހުކުރު ދުވަހު ޖޯންއަށް ވެންޓިލޭޓަރާ ނުލައި އަމިއްލައަށް ނޭވާލެވޭނެ ގޮތް ވެދާނެ ކަމަށް ޑޮކްޓަރުން ލަފާ ކުރި އެވެ. ނަމަވެސް އެ އުއްމީދުތަކަށް ނިމުން އައީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ޖޯންގެ ހިތް ހުއްޓި، އޭނާ މަރުވުމުންނެވެ. ކޭޓީ ބުނި ގޮތުގައި ޖޯންގެ ހިތް ހުއްޓުނު ސަބަބެއް ޑޮކްޓަރުންނަކަށް ނޭނގެ އެވެ. އަދި އަންގާރަ ދުވަހުވެސް ޖޯން ހޭލާ، ހަރަކާތްކޮށް ހެދި ކަމަށް ހޮސްޕިޓަލުން ބުންޏެވެ. ޖޯން އާއި ބްރޭޑިން އާއި ޕެނެލޮޕީ -- ފޮޓޯ: ކޭޓީ ކޮއެލްހޯ ކޭޓީ ބުނި ގޮތުގައި ޖޯން އެޑްމިޓު ކުރި ފަހުން، އޭނާއަށް ރަނގަަޅަށް އާއިލާއާ އެންމެ ފަހުން ފޯނުން ވާހަކަ ދެއްކުނީ މިދިޔަ މަހުގެ 29ގަ އެވެ. އެއީ ޖޯން ވެންޓިލޭޓަރަށްލީ ދުވަހުގެ ކުރީ ދުވަހެވެ. އަދި ޖޯންގެ ނޯޓު ލިޔުނީ އެ ދުވަހު ކަމަށް ގަބޫލު ކުރެވެ އެވެ. އެ ނޯޓުގައި ވަނީ ކޭޓީގެ އިތުރުން އެ މީހުންގެ ދެ ކުދިންނަށް ދޭނެ މެސެޖުތައްވެސް ލިޔެފަ އެވެ. އެގޮތުން "ބްރޭޑިންގެ ބައްޕައަށްވީތީ ވަރަށް ފަހުރުވެރިވާ ކަމަށާއި ބްރޭޑިން ކޮށްފައިވާ އަދި ކުރަމުންދާ ހުރިހާ ކަމަކާ މެދުވެސް ފަހުރުވެރިވާ" ކަމަށް ޖޯން ބުނެފައިވެ އެވެ. އަދި "ޕެނެލޮޕީ އަކީ އަމީރާއެއް ކަމަށާއި އޭނާއަށް ބޭނުން ކޮންމެ ކަމެއްވެސް ހާސިލު ކުރެވޭނެ ކަމުގެ ޔަގީންކަން" ޖޯން ދީފައިވެ އެވެ. މީގެ އިތުރުން ޖޯން ވަނީ ކޭޓީއަށް އެހެން މީހަކު ދެކެ ލޯބިވެވިއްޖެ ނަމަ، އެ ލޯތްބައިގެން ކުރިއަށް ދިޔުމަށް އެދިފަ އެވެ. "އެހެން މީހަކާ ބައްދަލުވެ، ކޭޓީ އާއި ދެ ކުދިން ދެކެ އެމީހަކު ލޯބިވާކަން އެނގޭ ނަމަ، އަހަރެންވެސް ކޭޓީއަށް އުފަލަށް އެދޭނަން. ކޮންމެ ގޮތަކަށް ކަންތައްތައް ދިޔަ ނަމަވެސް ކޭޓީ އުފަލުގައި ދެމިހުންނާތި،" ޖޯންގެ ނޯޓުގައިވެ އެވެ. ކޭޓީ ބުނި ގޮތުގައި އެ ނޯޓު ފެނުމުން އުފާވި ނަމަވެސް އެ ނޯޓު ލިޔުނު އިރު ޖޯން ބިރުގަނެފައި ހުންނާނެ މިންވަރު ވިސްނާ، ހިތްދަތިވެ އެވެ. "އަހަންނަށް އިހުސާސު ކުރެވެނީ އަހަރެންގެ [ހަށިގަނޑުގެ] ބަޔެއް މަރުވެފައިވާހެން. [ޖޯންއަކީ] 13 އަހަރު ވަންދެން އަހަރެންގެ އެންމެ ގާތް އެކުވެރިޔާ. އަށް އަހަރުވަންދެން އަހަރެންގެ ފިރިމީހާ. އަދި ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކާ އެކު އަހަރެމެން ދިރިއުޅެމުން އައި ގޮތް ދަންނަ ހަމައެކަނި މީހަކީ ޖޯން،" ކޭޓީ ބުންޏެވެ. ކޭޓީ ބުނި ގޮތުގައި ޖޯން ވަކިވެ ދިޔުމުން އެންމެ ބޮޑަށް ދެރަވަނީ ބްރޭޑިން އާއި ޕެނެލޮޕީއަށް އެ ދެ ކުދިންގެ ބައްޕަ ނުފެނި ބޮޑުވާން ޖެހޭތީ އެވެ. އަދި ދެ ކުދިން ބޮޑުވާ ތަން ބަލަން ކުދިންގެ ބައްޕައަށް ނުހުރެވޭތީ އެވެ. ނަމަވެސް ޖޯންގެ ފުރާނައަށް ނުރައްކާވި އިރުވެސް، އޭނާ ދިޔައީ އެ ދެ ކުދިންނާ މެދު ވިސްނަމުން ކަމާއި އެ އާއިލާ ދެކެ އޭނާ ލޯބިވާ މިންވަރު މި ނޯޓުން ބުނެދޭނެ ކަމަށް ކޭޓީ ބުންޏެވެ. ޖޯންގެ ވާހަކަ ދުނިޔެއާ ހިއްސާ ކުރުމުގެ ބޭނުމަކީ، މި ބަލިމަޑުކަމުގެ ތެރޭގައި މަސައްކަތަށް ނުކުތުމުން ފުރާނައަށް އޮތް ނުރައްކާ ބަޔާންކޮށް ދިނުން ކަންވެސް ކޭޓީ ފާހަގަ ކުރި އެވެ.
ކޮވިޑް-19ގައި މަރުވި މީހެއްގެ ފަހު މެސެޖު: ފިރިއަކަށާއި ބައްޕައަކަށް ވީތީ ވަރަށް ފަހުރުވެރިވޭ
މާދަމާ ފިތުރު އީދަށް ވުމުން، މެންދުރަށް ކައްކާނެ އެއްޗެއް ނިންމައިފިން ހެއްޔެވެ؟ ހާސް ވާނެ ކަމެއް ނެތެވެ. މިއޮތީ ފަސޭހަ ހައްލެކެވެ. އީދު ދުވަހު ރާއްޖޭގައިވެސް ބިރިޔާނީ ކައްކައެވެ. ނަމަވެސް ބިރިޔާނީ ހެދުން އެއީ ބުރަ ބޮޑު ކަމަކަށް ވެދާނެއެވެ. މާދަމާގެ މެންދުރު ކެއުމަށް ހެދުމަށް، ޖިންޖާބޭކްސްއާއެކު މި ހުށަހަޅާލަނީ ރަހަތަކުން ފުރިގެންވާ ޗިކަން ރައިސްއެއްގެ ރެސިޕީއެވެ. މިއީ ބިރިޔާނީއެއް ނޫނެވެ--އެކަމަކު އެއާ އެއްފަދަ، ފްލޭވާތަކުން ފުރިގެންވާ މީރު ބަތްގަނޑެކެވެ. މި ޑިޝްގެ ޚާއްސަ ތަންކޮޅަކީ މިއީ އެންމެ ތެއްޔަކުންވެސް ތައްޔާރުކޮށް ނިންމާލެވޭނެ އެއްޗަކަށް ވުމެވެ. ބޮޑު ބުރައެއް ނުއުފުލާ، މާދަމާ މެންދުރުގެ ކެއުމަށް މީގެ ބަތްގަނޑެއް ތައްޔާރުކޮށްލަބަލާށެވެ. ބޭނުންވަ ތަކެތި ކުކުޅު މެރިނޭޓްކުރުމަށް: 1 ކިލޯ ކުކުޅު (ކަށި ހުންނަ، ނުވަތަ ބޯންލެސް ކުކުޅުވެސް ހެދިދާނެ. 1 ކިލޯގެ ކުކުޅު ފައި ވެސް ބޭނުންކުރެވުދާނެ) 1 ސައިސަމުސާ ލޮނު ބައި ސައިސަމުސާ ތެޅިމިރުސް 9 މޭޒުމަތީސަމުސާ ޕްލެއިން ޔޯގަޓް 2 މޭޒުމަތީސަމުސާ އިނގުރު ޕޭސްޓް 2 މޭޒުމަތީ ސަމުސާ ގާލިކް ޕޭސްޓް *ނޯޓް: ޖިންޖާ-ގާލިކް ޕޭސްޓް ހުރިނަމަ އޭގެ 3 މޭޒުމަތީސަމުސާ ބޭނުންކުރައްވާ ޖިންޖާބޭކްސްގެ ވަން ޕޮޓް ސްޕައިސްޑް ޗިކަން ރައިސްއަށް ބޭނުންވާ ބައެއް ހަވާދުގެ ބާވަތްތައް -- ފޮޓޯ/ ޖިންޖާބޭކްސް ކެއްކުންގަނޑަށް: 1/4 ޖޯޑު ކުކިން އޮއިލް 2 މޭޒުމަތީސަމުސާ ބަޓަރު (ބަދަލުގައި ގިތެޔޮ ބޭނުންކުރެވދާނެ) 4 ބޭލީފް 6 ކާފޫރުތޮޅި 3 ބުރި ފޮނިތޮށި 8 ކަރަންފޫ 1/2 ސައިސަމުސާ އަސޭމިރުސް (ނުފުނޑާ) 1 ސައިސަމުސާ ދިރި 1 ސްޓާ އޭނިސް މެދުސައިޒުގެ ދެ ފިޔާ، ކޮށާފައި 8 ލޮނުމެދުކޮޅު، ކުދިކޮށް ކޮށާފައި (މިންސް ކޮށްފައި) ޖިންޖާބޭކްސްގެ ވަން ޕޮޓް ސްޕައިސްޑް ޗިކަން ރައިސްއަށް ބޭނުންވާ ބައެއް ތަކެތި -- ފޮޓޯ/ ޖިންޖާބޭކްސް 1 1/2 ސައިސަމުސާ ޖިންޖާ ޕޭސްޓް 1 ސައިސަމުސާ ގާލިކް ޕޭސްޓް 1 ސައިސަމުސާ ތެޅިމިރުސް 1 ސައިސަމުސާ މުގުރި ކޮރިއެންޑާ 1 ސައިސަމުސާ ގަރަމް މަސާލާ 1/2 ސައިސަމުސާ މުގުރި ދިރި 1/2 ސައިސަމުސާ ތަކޫވަށް 1/4 ސައިސަމުސާ މޭސް (ތަކޫވަކުގެ ބޭރު ތޮށި މުގުރާފައި) 20 ރެއިސިންސް (ބޭނުންނަމަ ގިނައިންވެސް އެޅިދާނެ) 1/2 ޖޯޑު ތެލުލި ފިޔާ 3 ޖޯޑު ހޫނު ފެން 2 ޖޯޑު ހޫނު ޗިކަން ސްޓޮކް (ތައްޔާރުކުރުމަށް 2 ޖޯޑު ހޫނުފެނަށް 2 ޗިކަން ސްޓޮކް ކިއުބް ލާ) 1 ޖޯޑު ކިރު 3 ޖޯޑު ބާސްމަތީ ހަނޑޫ 3-4 ގްރީން ޗިލީ (މެދުން ފަޅާފައި) 2 ސައިސަމުސާ ލޮނު ޖިންޖާބޭކްސްގެ ވަން ޕޮޓް ސްޕައިސްޑް ޗިކަން ރައިސްއަށް ބޭނުންވާ ބައެއް ތަކެތި -- ފޮޓޯ/ ޖިންޖާބޭކްސް ގާނިޝް ހެދުމަށް 12 ކެޝޫނަޓް 2 މޭޒުމަތީސަމުސާ ގިތެޔޮ، ވިރުވާފައި 1 ސައިސަމުސާ ލުނބޯހުތް 2 މޭޒުމަތީސަމުސާ ތެލުލި ފިޔާ ފްރެޝް ކޮރިއެންޑާ ފަތް، ކޮށާފައި ލުނބޯ ފޮތި (ލެމަން ނުވަތަ ލައިމް) ތައްޔާރުކުރާނެ ގޮތް އެންމެ ފުރަތަމަ ވީ ކުކުޅުމަސް ތައްޔާރުކުރާށެވެ. ބޭނުންކުރަނީ ނުކޮށާ ކުކުޅެއް ނަމަ، ދޮވެލުމަށްފަހު އަށެއްކަ އެތިކޮޅަށް ކުކުޅު ކޮށާލާށެވެ. ދެން ޓިޝޫއަކުން ޖައްސައި ކުކުޅުކޮޅުތައް ހިއްކާލުމަށްފަހު މެރިނޭޓްކުރަންވީއެވެ. ލޮނު، ތެޅި މިރުސް، ލޮނުމެދާއި އިނގުރު ޕޭސްޓް އަދި ޔޯގަޓް އަޅައި، ކުކުޅުތަކާ އެއްކޮށްލާފައި މެރިނޭޓްވާން ބަހައްޓާލާށެވެ. ޖިންޖާބޭކްސްގެ ވަން ޕޮޓް ސްޕައިސްޑް ޗިކަން ރައިސް ތައްޔާރުކުރުމަށް ހަނޑޫ ދޮވެ، ފެނުލުމަށްފަހު ކެއްކުމަށް ތައްޔާރަށް -- ފޮޓޯ/ ޖިންޖާބޭކްސް ބަތްގަނޑާ ދިމާލަށް ދަމާ ހިނގާށެވެ. ތިން ޖޯޑު ހަނޑޫ ދޮވެލުމަށްފަހު ފެނުލާފައި 20 މިނިޓު ވަންދެން ބަހައްޓާށެވެ. އެއަށްފަހު ފުރޭނުމަށްފަހު ހަނޑޫކޮޅު ބަހައްޓާށެވެ. ބޮޑު ތެއްޔަކަށް ކުކިން އޮއިލްކޮޅު އަދި ބަޓަރުކޮޅު (ނުވަތަ ގިތެޔޮ) އަޅައި ހޫނުކޮށްލުމަށްފަހު ބޭ ލީވްސް، ފޮނިތޮށި، ކާފޫރުތޮޅި، އަސޭމިރުސް، ކަރަންފޫ، ސްޓާ އޭނިސް އަދި ދިރި އަޅައި، މީރުކޮށްލާށެވެ. ދެން ކޮށާފައި ހުރި ފިޔާކޮޅުވެސް އަޅައި މީރުކޮށްލާށެވެ. ދެން އަޅާންވީ ޖިންޖާ އަދި ގާލިކް ޕޭސްޓާއި މުގުރި މިރުސް އަދި މުގުރި ކޮރިއެންޑާއެވެ. އަދި ރަނގަޅަށް ސްޓަރ ކޮށްލާށެވެ. ޖިންޖާބޭކްސްގެ ވަން ޕޮޓް ސްޕައިސްޑް ޗިކަން ރައިސް ހެދުމަށް އެރޯމެޓިކް ސްޕައިސްތައް މީރުކުރަނީ -- ފޮޓޯ/ ޖިންޖާބޭކްސް ޖިންޖާބޭކްސްގެ ވަން ޕޮޓް ސްޕައިސްޑް ޗިކަން ރައިސް: އެރޯމެޓިކް ސްޕައިސްއާއި ފިޔާ އެކުގައި މީރުކުރަނީ -- ފޮޓޯ/ ޖިންޖާބޭކްސް ދެން ވީ މެރިނޭޓްކުރި ކުކުޅުކޮޅު ތެއްޔަށް އަޅާލައި، ސްޓަރ ފްރައިކޮށްލާށެވެ. ގާތްގަނޑަކަށް 10 މިނިޓު ވަންދެން ސްޓަރ ފްރައިކުރުމަށް ފަރުވާތެރިވައްޗެވެ. އެއަށްފަހު ގަރަމްމަސާލާއާއި މޭސް އަދި މުގުރި ތަކޫވަށް އަޅައި، އަދި އިތުރުު 10 މިނިޓަށް ސްޓަރ ފްރައި ކޮށްލާށެވެ. ޖިންޖާބޭކްސްގެ ވަން ޕޮޓް ސްޕައިސްޑް ޗިކަން ރައިސް، ފިޔާ މިކްސްޗާގެ ތެރެއަށް ހަވާދުގެ ބާވަތްތައް އަޅާއި އެއްކުރުން -- ފޮޓޯ/ ޖިންޖާބޭކްސް އިތުރަށް ރަހަ މީރުކޮށްލުމަށްޓަކައި ރެއިސިންސް ކޮޅާއި ބައި ޖޯޑު ތެލުލި ފިޔާވެސް އަޅައި އެއްކޮށްލާށެވެ. ޖިންޖާބޭކްސްގެ ވަން ޕޮޓް ސްޕައިސްޑް ޗިކަން ރައިސް: ހަވާދުގަނޑުގެ ތެރެއަށް މެރިނޭޓެޑް ކުކުޅުކޮޅު އަޅާފައި -- ފޮޓޯ/ ޖިންޖާބޭކްސް ދެން މި އޮތީ ރެސިޕީގެ ސީރިއަސް ހިސާބެވެ. ހޫނު ފެނާއި، ޗިކަން ސްޓޮކް އަދި ކިރު ޖޯޑު އަވަހަށް އަޅާލާށެވެ. އެކަމަކު ސަމާލުވައްޗެވެ--ފެނާއި ޗިކަން ސްޓޮކް ހުންނަން ޖެހޭނީ ވަރަށް ހޫނުކޮށެވެ. ޖިންޖާބޭކްސްގެ ވަން ޕޮޓް ސްޕައިސްޑް ޗިކަން ރައިސް ހެދުމަށް 2 ޖޯޑު ހޫނު ޗިކަން ސްޓޮކް ބޭނުންވޭ. ހޫނު ފެނާއި 2 ޗިކަން ކިއުބް ސްޓޮކް ބޭނުންކޮށްގެން ސްޓޮކް ހެދޭނެ -- ފޮޓޯ/ ޖިންޖާބޭކްސް ޖިންޖާބޭކްސްގެ ވަން ޕޮޓް ސްޕައިސްޑް ޗިކަން ރައިސް: ހަވާދު ލީ ކުކުޅުކޮޅުގެ ތެރެއަށް ޗިކަން ސްޓޮކާއި ކިރާއި ފެން އަޅާފައި -- ފޮޓޯ/ ޖިންޖާބޭކްސް ރެސިޕީއަށް ބޭނުންވާ ދިޔާ ތަކެތި އެޅުމަށްފަހު ދެން ތެއްޔަށް އަޅާނީ ބާސްމަތީ ހަނޑޫކޮޅެވެ. އަދި ގްރީން ޗިލީކޮޅާއި، ލޮނުކޮޅުވެސް އެޅުމަށްފަހު ތެލީގެ މަތި ނުޖަހައި ކައްކާލާށެވެ. އެކަމަކު ސްޓަރ ނުކުރައްޗެވެ. ފުރަތަމަ ފަސް މިނިޓު ކައްކާނީ މީޑިއަމް ޓު ހައި ހީޓުގައެވެ. އެ ފަސް މިނިޓުގެ ތެރޭގައި ފެންގަނޑުގެ ބޮޑުބައި އާވިއަށް އަރައިގެން ދާނެއެވެ. ޖިންޖާބޭކްސްގެ ވަން ޕޮޓް ސްޕައިސްޑް ޗިކަން ރައިސް ކުކުޅާއި ސްޓޮކްގެ ތެރެއަށް ހަނޑޫ އަޅައި، ކައްކަނީ -- ފޮޓޯ/ ޖިންޖާބޭކްސް ދެން ގިނި ކުޑަކޮށް މަޑުކޮށްލުމަށްފަހު ތެލީގެ މަތި ޖަހައި، އިތުރު 15 މިނިޓަށް ކައްކާލާށެވެ. 15 މިނިޓު ހަމަވުމުން މަތި ނަގައި، ބަތްގަނޑުގެ މައްޗަށް ގިތެލާއި ލުނބޯހުތްކޮޅު އަޅާލާށެވެ. އަދި ކެޝޫނަޓާއި، ކޮރިއެންޑާ ފަތާއި، ތެލުލި ފިޔާކޮޅާއި ލުނބޯފޮތިތައްވެސް ލައި ގާނިޝް ކޮށްލާށެވެ. ޖިންޖާބޭކްސްގެ ވަން ޕޮޓް ސްޕައިސްޑް ޗިކަން ރައިސް ތައްޔާރުވެފައި -- ފޮޓޯ/ ޖިންޖާބޭކްސް
ޖިންޖާބޭކްސްއާއެކު، ރަހައިން ފުރިގެންވާ ބަތްގަނޑެއް އެންމެ ތެއްޔަކުން!
މިއަހަރުގެ ރަމަޟާން މަހަށް ހާއްސަ ކޮށްގެން މިފްކޯ އިން ފެށި "ފަސްމީރު މިވަރެއް ނެތް" ޕްރޮމޯޝަން އަންނަ މަހުގެ ނިޔަލަށް ކުރިއަށްގެންދަން ނިންމައިފިއެވެ. މިފްކޯ އިން ބުނީ މި މަހުގެ ނިޔަލަށް ކުރިއަށްގެންދަން ނިންމާފައިވާ މި ޕްރޮމޯޝަނުގެެ މުައްދަތު އިތުރުކުރީ ކޮވިޑް19 އާއި ގުޅިގެން އާންމު ދިރިއުޅުމަށް އައިސްފައިވާ ދަތިތަކާއެކު، ކަސްޓަމަރުންނަށް ދޭ އީދު ހަދިޔާއެއްގެ އިތުރުން ކަސްޓަމަރުންނަށް ކުންފުނިން ދޭ އެހީތެރިކަމެއްގެ ގޮތުން ކަމަށެވެ. މިއާއެކު ރޯދަ ޕްރޮމޯޝަނުގައި މަސްދަޅުތަކުގެެ އަގަށް ގެނައި ހެޔޮ ބަދަލު އަންނަ މަހާއި ހަމައަށް ދަމަހައްޓަން އެ ކުންފުނިން ނިންމާފައިވާކަމަށް މިފްކޯ އިން ބުންޏެވެ. މި ޕްރޮމޮޝަނުގެ ދަށުން ތެޔޮމަސް 48 ދަޅުގެ ކޭސް 640 ރުފިޔާއަށް އަދި ފެން މަހުގެ 48 ދަޅުގެ ކޭސް 595 ރުފިޔާއަށް ލިބޭނެއެވެ. އެކުންފުނިން ބުނީ މިފްކޯގެެ ދަޅުމަހާއި މަހުގެ އެހެނިހެން ބާވަތްތައް މިފްކޯގެެ ފިހާރަތަކުންނާއި މަސްވެރިންގެ މެރީނާ ޝޮޕްތަކުން އަދި އައިސްޕްލާންޓުތަކުންވެސް ލިބޭނެ ކަމަށެވެ.
ފަސްމީރު މިވަރެއްނެތް ޕްރޮމޯޝަން އަންނަ މަހުގެ ނިޔަލަށް
ވަގުތުކުޑަތަން ވެފައިވަނިކޮށް މި މަހުން ފެށިގެން ސަރުކާރު މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކުޑަކުރަން ފިނޭންސް މިނިސްޓްރީން އެދުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ. ކޮވިޑް19 އާ ގުޅިގެން ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް ހަރަދުކުރާ މިންވަރަށް ބަދަލުތަކެއް ގެންނަން ވަނީ ނިންމައިިފައެވެ. ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާގައި ބުނީ އަލަށް ގެނައި ބަދަލުތަކަށް އަމަލުކުރާނީ މި މަހުގެ މުސާރަ ޕީރިއަޑުން ފެށިގެން މިނިސްޓްރީން ވަކި ގޮތެއް ކަނޑައަޅަންދެން ކަމަށެވެ. ރައްޔިތުންްގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފިނޭންސް މިނިސްޓަރަށް ފޮނުއްވި ހަ ސިޓީއެއްގެ ޖަވާބުގައި، މުސާރަތަކަށް ގެންނަން ނިންމާފައިވާ ބަދަލުތައް ވަނީ ތަފްސީލްކޮށްދެއްވައިފައެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ދައުލަތުގެ މަގާމުތަކުގެ މުސާރަތައް ފެނިވަޑައިގަންނަވާ ގޮތަކަށް ކަނޑައަޅައިދެއްވުން ވެސް ވަނީ އެދިވަޑައިގެންފައެވެ. އެ ސިޓީ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފައެވެ. އަދި ސިޓީއާ ގުޅިގެން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އެ ސިޓީއާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީގައި މަޝްވަރާކޮށް، ކޮމިޓީގެ ނިންމުން މިއަދު ހެނދުނު މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. އަދި ދެން އޮންނަ ޖަލްސާއެއްގައި އެ ރިޕޯޓު އެޖެންޑާ ކުރެވޭނެ ކަމަށެވެ. "އެހެން ނަމަވެސް ދަންނަވާލަން ޖެހޭ ވާހަކައެއް އެބަ އޮތް. ފުރަތަމަ ނުކުތާއަކީ މޭ މަހުގެ މުސާރަ ކުޑަކުރަން މޭ މަހަކު ނޫން ބުނާނީ. އެއީ އަޅުގަނޑަށް ވަރަށް އުނދަގޫ ވާހަކައެއް ގޮސް މީހެއް ކައިރީގައި ބުނަން،" ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ މި މަހުގެ މުސާރަ ކުޑަވާނެ ކަން، މި މަހުގެ ފަހުކޮޅުގައި އެންގުމުން، މުވަައްޒަފުންނަށް ހަރަދުތައް ދެކޮޅު ޖެއްސޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން މޭ މަހު އަންގާނީ، ޖޫން މަހުގެ މުސާރައަށް ބަދަލު އަންނަ ވާހަކަ ކަމަށާއިި، ވަޒީފާއާ ބެހޭ ގާނޫނުގައި ވެސް މިފަދަ ކަންކަމަށް ތިން މަސް ދުވަހުގެ ނޯޓިސް ދޭން ޖެހޭނެ ކަމަށް ބަޔާންކޮށްފައިިވާކަން ނަޝީދު ފާހަގަކުރެއްވިއެވެ. "އަޅުގަނޑަށް ވަރަށް ދަތި، އިއްޔެގައި މިކަން އަޅުގަނޑުމެން ނިންމާލާފައި މާދަމާ އެ ބަދަލު އަޅުގަނޑުމެން ގެންނާން އެއީ އަޅުގަނޑު ދެކޭ ގޮތުގައި ރަނގަޅު ހެޔޮލަފާ ގޮތަކަށް ނުވާނެ،" ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ ކޮމިޓީގެ ރިޕޯޓު ދެން އޮންނަ ޖަލްސާގައި އެޖެންޑާ ކުރެވުނު ނަމަވެސް، މިހާރުގެ ގަވާއިދުގައިވާ ގޮތުން އަދި އެ ރިޕޯޓުގެ ބަހުސް ނުފެށޭނެ ކަމަށެވެ. ގަވާއިދު ބުނާގޮތުން ކޮމިޓީތަކުން ހުށަހަޅާ ކަންކަން ތަޅުމުގައި ކުރިއަށް ގެންދަން ޖެހޭނީ ހުށަހެޅި ތަރުތީބުންނެވެ. މިހާރު ވެސް މަޖިލީހުގައި ފަސް ކޮމިޓީ ރިޕޯޓެއްގެ މަސައްކަތް ކުރިއަށް އެބް ދެއެވެެ. ނަޝީދު ވިދާޅުވީ މިހާރު ފިނޭންސް އިން ނިންމާފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މަސައްކަތްކުރާ އަށް މުވައްޒަފެއްގެ މުސާރައަށް ބަދަލު އަންނާނެ ކަމަށެވެ. މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ މުސާރަތައް ކަނޑައަޅާނީ އާންމު ކޮމިޓީންނެވެ. މިއަދު އާންމު ކޮމިޓީއަށް އެ ސިޓީ ފޮނުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ފިނޭންސް މިނިސްޓަރުގެ ސިޓީގައި ކުރީގެ ރައީސުންނަށް ދޭ އިނާޔަތް މުރާޖައާ ކުރުމަށް ވެސް އެދިވަޑައިގެންފައިވެއެވެ. https://sun.mv/136863
މުސާރަ ކުޑަކުރަން އެދުނުލެއް ލަސްކަމުން މަޖިލީހުގެ ހިތްހަމަ ނުޖެހުން
މިއަހަރުގެ ރަމަޟާން މަހަށް ހާއްސަ ކޮށްގެން މިފްކޯ އިން ފެށި "ފަސްމީރު މިވަރެއް ނެތް" ޕްރޮމޯޝަން އަންނަ މަހުގެ ނިޔަލަށް ކުރިއަށްގެންދަން ނިންމައިފިއެވެ. މިފްކޯ އިން ބުނީ މި މަހުގެ ނިޔަލަށް ކުރިއަށްގެންދަން ނިންމާފައިވާ މި ޕްރޮމޯޝަނުގެެ މުައްދަތު އިތުރުކުރީ ކޮވިޑް19 އާއި ގުޅިގެން އާންމު ދިރިއުޅުމަށް އައިސްފައިވާ ދަތިތަކާއެކު، ކަސްޓަމަރުންނަށް ދޭ އީދު ހަދިޔާއެއްގެ އިތުރުން ކަސްޓަމަރުންނަށް ކުންފުނިން ދޭ އެހީތެރިކަމެއްގެ ގޮތުން ކަމަށެވެ. މިއާއެކު ރޯދަ ޕްރޮމޯޝަނުގައި މަސްދަޅުތަކުގެެ އަގަށް ގެނައި ހެޔޮ ބަދަލު އަންނަ މަހާއި ހަމައަށް ދަމަހައްޓަން އެ ކުންފުނިން ނިންމާފައިވާކަމަށް މިފްކޯ އިން ބުންޏެވެ. މި ޕްރޮމޮޝަނުގެ ދަށުން ތެޔޮމަސް 48 ދަޅުގެ ކޭސް 640 ރުފިޔާއަށް އަދި ފެން މަހުގެ 48 ދަޅުގެ ކޭސް 595 ރުފިޔާއަށް ލިބޭނެއެވެ. އެކުންފުނިން ބުނީ މިފްކޯގެެ ދަޅުމަހާއި މަހުގެ އެހެނިހެން ބާވަތްތައް މިފްކޯގެެ ފިހާރަތަކުންނާއި މަސްވެރިންގެ މެރީނާ ޝޮޕްތަކުން އަދި އައިސްޕްލާންޓުތަކުންވެސް ލިބޭނެ ކަމަށެވެ.
ފަސްމީރު މިވަރެއްނެތް ޕްރޮމޯޝަން އަންނަ މަހުގެ ނިޔަލަށް
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ގިނަ ގައުމުތަކެއް ފުރަބަންދުކޮށްފައި އޮތުމުގެ ސަބަބުން އެތައް ބަޔަކަށް ނަފްސާނީ މައްސަތަކާ ކުރިމަތިވާނެ ކަމަށް ސައިކޭޓްރިސްޓުން ބުނެފި އެެވެ. ހާއްސަކޮށް މިދުވަސް ވަރު ސްކޫލްތައް ބަންދުކޮށްފައި އޮތުމުން ކުޑަކުދިންނަށް ކުރާނެ އަސަރާމެދު ކަންބޮޑުވާކަމަށް ސައިކެއިޓްރިސްޓުން ބުނެ އެވެ. ހަމައެއާކު އުމުރުން ދުވަސްވީ މީހުންނަށް ވެސް ލިބެން ޖެހޭ އަޅާލުން ލިބުމުގައި ދަތިވާތީ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ސައިކެއިޓްރިސްޓުން ދާދި ފަހުން ކުރި ސާވޭއެއްގައި ބުނީ މިހާރަކަށް އައިސް އިމެޖެންސީ ކޭސްތައް ރިޕޯޓްކުރާވަރު އިތުރުވެފައިވާ ކަމަށެެވެ. ފުރަބަންދާ އެކުވެސް ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ހިދުމަތްދޭ ތަންތަން ކުރިއަށްދެއެެވެ. ނަމަވެސް އިނގިރޭސިވިލާތުގެ ސައިކެއިޓްރިސްޓަކު ވިދާޅުވީ ކޮރޯނާ ޖެހިދާނެތީ ބިރުން، ހިދުމަތް ހޯދަން އަންނަ އުމުރުން ދުވަސްވީ މީހުން ވަރަށް ބޮޑަށް މަދުވެފައިވާ ކަަމަށެވެ. "ކޮރޯނާއާ ގުޅިގެން އެކެހެރިވެ ތިބެންޖެހި ހާސްކަން ބޮޑުވެ އަދި ބޭސްތައް ލިބުމުގައި ދަތިވުމުން ގިނަ ބަލި މީހުންނަށް ނަފްސާނީ އިތުރު މައްސަލަތަކެއް ވަނީކުރިމަތިވެފައި" އިތުރު ސައިކެއިޓްރިސްޓަކު ވިދާޅުވި އެެވެ. ސައިކެއިޓްރިސްޓެއް ކަމަށްވާ ޑރ. އަމަންޑާ ތޮމްޕްސެލް ވިދާޅުވީ އުމުރުން ދުވަސްވީ ގިނަ މީހުން އެހާ ޓެކްނޮލޮޖީއަށް ފަރިތަ ނޫން ކަމަށާއި އެހެންކަމުން އެމީހުންނަށް ޑޮކްޓަރަށް ގުޅައި ހެދުމުގައި އުނދަގޫ ކަމަށެެވެ. ދާދި ފަހުން 1000 މީހުން ބައިވެރިކޮށްގެން ކުރި ދިރާސާއެއްގައި ގިނަ ބަޔަކު ބުނީ ފުރަބަންދުކުރި ފަހުން ނަފްސަނީ ގޮތުން ބަލިކަށިވެފައިވާ ކަމަށެވެ.
ފުރަބަންދާ ހުރެ އެތައް ބަޔަކު ޑިޕްރެޝަނަށް ދާނެކަމަށް ބުނެފި
ކޮވިޑް-19 ގެ ސާމްޕަލްތައް ޓެސްޓް ކުރުމަށް އޯޑަރު ކޮށްފައިވާ އާ މެޝިނަރީތައް ލިބުމުން ޓެސްޓިން ކެޕޭސިޓީ 1000އަށް ވުރެ މަތިވާނެ ކަމަށް އެންއީއޯސީން ބުނެފި އެވެ. މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިހާރު ހުރި ވަސީލަތްތަކުން ސާމްޕަލް ނަގަން ޖެހެނީ ވަރަށް "މެނުއަލް ޕްރޮސެސް"އަކުން ކަމަށެވެ. ނަމަވެސް އާ މެޝިނަރީތަކުގެ އެހީގައި އެ މަސައްކަތް އޮޓޮމޭޓް ކުރެވޭނެ ކަމަށާއި އެތަކެތީގެ އެހީގައި ދުވާލަކު ޓެސްޓު ކުރެވޭ މިންވަރު 1000އަށް ވުރެ އިތުރުކުރެވޭނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވާހަކަ ދައްކަވަނީ --- ފޮޓޯ/ އެންއޯއީސީ "އަލަށް ގެންނަން މަސައްކަތްކުރާ މެޝިންތަކަކީ އޮޓޮމޭޓަޑް ޕްރޮސެސްއެއް ހުންނަ މެޝިންތަކެއް. އެހެންވީމަ އޭގެ މެޝިނަކުން ހެދޭ ސާމްޕަލްގެ އަދަދު އިތުރުވެ، އެއަށް ބޭނުންވާ ލެބް ޓެކްނީޝަނުންގެ އަދަދު ވެސް މަދުވާ ކަހަލަ މެޝިންތަކެއް ގެންނަން އެބަ މަސައްކަތް ކުރަން. 1000އަށް ވުރެ ގިނަ ސާމްޕަލް ނެގެންވާނެ ދުވާލަކު، މިހާރު މި ގެންނަ މެޝިންތައް ގެނައުމާއެކީގައި،" މިހާރު ރާއްޖޭގައި ދުވާލެއްގެ މައްޗަށް އެންމެ ގިނަވެގެން ޓެސްޓު ކުރެވެނީ 400 ސާމްޕަލެވެ. މި އަދަދު 600އަށް އިތުރު ކުރަން ބޭނުންވާ މެޝިންތައް މި މަހުގެ 16 ހިސާބުގައި ލިބޭނެ ކަމަށް މަބްރޫކް ލަފާކުރެއްވި އެވެ.
އާ މެޝިންތައް އައުމުން ޓެސްޓް ކުރެވޭ އަދަދު ހާހަކަށް ވުރެ މަތިވާނެ: މަބްރޫކް
ކޮވިޑް-19 ގެ ސާމްޕަލްތައް ޓެސްޓް ކުރުމަށް އޯޑަރު ކޮށްފައިވާ އާ މެޝިނަރީތައް ލިބުމުން ޓެސްޓިން ކެޕޭސިޓީ 1000އަށް ވުރެ މަތިވާނެ ކަމަށް އެންއީއޯސީން ބުނެފި އެވެ. މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިހާރު ހުރި ވަސީލަތްތަކުން ސާމްޕަލް ނަގަން ޖެހެނީ ވަރަށް "މެނުއަލް ޕްރޮސެސް"އަކުން ކަމަށެވެ. ނަމަވެސް އާ މެޝިނަރީތަކުގެ އެހީގައި އެ މަސައްކަތް އޮޓޮމޭޓް ކުރެވޭނެ ކަމަށާއި އެތަކެތީގެ އެހީގައި ދުވާލަކު ޓެސްޓު ކުރެވޭ މިންވަރު 1000އަށް ވުރެ އިތުރުކުރެވޭނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވާހަކަ ދައްކަވަނީ --- ފޮޓޯ/ އެންއޯއީސީ "އަލަށް ގެންނަން މަސައްކަތްކުރާ މެޝިންތަކަކީ އޮޓޮމޭޓަޑް ޕްރޮސެސްއެއް ހުންނަ މެޝިންތަކެއް. އެހެންވީމަ އޭގެ މެޝިނަކުން ހެދޭ ސާމްޕަލްގެ އަދަދު އިތުރުވެ، އެއަށް ބޭނުންވާ ލެބް ޓެކްނީޝަނުންގެ އަދަދު ވެސް މަދުވާ ކަހަލަ މެޝިންތަކެއް ގެންނަން އެބަ މަސައްކަތް ކުރަން. 1000އަށް ވުރެ ގިނަ ސާމްޕަލް ނެގެންވާނެ ދުވާލަކު، މިހާރު މި ގެންނަ މެޝިންތައް ގެނައުމާއެކީގައި،" މިހާރު ރާއްޖޭގައި ދުވާލެއްގެ މައްޗަށް އެންމެ ގިނަވެގެން ޓެސްޓު ކުރެވެނީ 400 ސާމްޕަލެވެ. މި އަދަދު 600އަށް އިތުރު ކުރަން ބޭނުންވާ މެޝިންތައް މި މަހުގެ 16 ހިސާބުގައި ލިބޭނެ ކަމަށް މަބްރޫކް ލަފާކުރެއްވި އެވެ.
އާ މެޝިންތައް އައުމުން ޓެސްޓް ކުރެވޭ އަދަދު ހާހަކަށް ވުރެ މަތިވާނެ: މަބްރޫކް
ސްރީ ލަންކާގެ ކޮލޮމްބޯގެ އަވަށެއް ކަމަށްވާ އަތުރުގިރިޔާގައި، މަރުވެފައިވާ ކަމަށް މީގެ މަހެއް ކުރީން އާއިލާއިން ނިންމާފައިވާ މީހަކު، އެނބުރި އަވަށަށް ދިޔުމާއެކު އެތައް ބަޔަކު ސިއްސުވާލައިފި އެވެ. އަތުރުގިރިޔާގައި އެކްސިޑެންޓެއްގައި، އެ އަވަށުގެ އާއިލާއަކަށް ނިސްބަތްވާ މީހެއް ކަމަށްވާ ޑަންޑިރިސް ޕެރޭނާ މަރުވެފައިވާ ކަމަށް އާއިލާއިން ފުލުހުންނަށް އަންގާފައިވަނީ މިދިޔަ މަހުގައެވެ. އެގޮތުން އެކްސިޑެންޓުގައި މަރުވި މީހާގެ ހަށިގަނޑަކީ ޕެރޭރާ ކަމަށް ކަށަވަރު ކޮށްދިނީ އާއިލާއިންނެވެ. އަދި އެއަށްދަހު ޕެރޭރާ މަރުވި ކަމަށް ނިންމައި އާއިލާއިން ވަނީ އޭނާ ވަޅުލުމާއި މަރުވުމަށްފަހު ކުރަން ޖެހޭ ހުރިހާ ކަމެއްވެސް ކޮށްފައެވެ. އެހެންނަމަވެސް މަރުވުމުގެ ކުރީން ޕެރޭރާ ދިރިއުޅެމުން ދިޔައީ އަތުރުގިރިޔާއަކު ނޫނެވެ. އެގޮތުން އޭނާ ކުރީން އުޅެމުން ދިޔައީ މުތުހީީނާ ސަރަހައްދުގެ މީގޮޑާގައެވެ. އެހެންނަމަވެސް ކޮވިޑް-19 އާ އެކު ދަތުރުކުރުމަށް މަނާވުމުގެ ސަބަބުން އޭނާއަށް އޭނާގެ އާއިލާ ގާތަށް ދެވޭގޮތް ވަނީ ނުވެފައެވެ. އެންމެފަހުން ގެއިން ނިކުމެ ކޮންމެވެސް ވަރަކަށް ދަތުރުކުރުމުގެ ހުއްދަ ލިބުމުން އެންމެ ފުރަތަމަވެސް ޕެރޭރާ ވަނީ އޭނާގެ އާއިލާގެ އަވަށަށް ގޮސްފައެވެ. އެއާއެކު މުޅި އަވަށް ވަނީ ބޮޑު ސިހުމަކަށް އައިސްފައެވެ. "އަހަރެން އަވަށަށް އައި އިރަށް އެއްބަޔަކު ބިރުން ދުވަން ވެސް ދުވި. ބައެއް މީހުންނަށް ޖެހުނު ޝޮކެއްގެ ސަބަބުން ބުނާނެ އެއްޗެއްވެސް ނޭނގުނު،" ޕެރޭރާ ބުންޏެވެ. ޕެރޭރާ ބުނީ، އެ ކަންތައް ހައްލުކުރުމަށްޓަކައި އެންމެފަހުން އޭނާއަށް ޖެހުނީ ފުލުހަށް ދާން ކަމަށެވެ. އަދި މަރުވެފައިވަނީ ޕެރޭރާ ނޫން ކަން އޭނާ އަށް ސާބިތުކޮށްދޭން ޖެހުނު ކަމަށްވެސް އޭނާ ބުންޏެވެ. "އަހަރެންގެ އަމިއްލަ މަހާނަ ފެނުނު ފުރަތަމަ މީހާ ކަންނޭނގެ މިއީ،" އޭނާ ބުންޏެވެ. މިހާރުވެސް އެ މައްސަލަ ދަނީ އިތުރަށް ބަލަމުންނެވެ. އަދި އާއިލާއަށާއި އެހެން ފަރާތްތަކަށް އެފަދަ އޮޅުމެއްވި ސަބަބެއް ސާފުވެފައެއް ނުވެއެވެ. އަދި ޕެރޭރާ ދުނިޔޭގައި ހުރި އިރު ވަޅުލާފައިވަނީ ކާކުތޯ ބެލުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
މަރުވި ކަމަށް ހީކޮށް ވަޅުލި މީހާ މަހެއް ފަހުން ގެއަށް
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ތާޕްސީ ޕަންނޫ ލީޑު ރޯލުން ފެނިގެންދާ ފިލްމު "ތައްޕަޅު" އެމެޒޯން ޕްރައިމުން ސްޓްރީމްކުރަން ފަށައިފި އެވެ. މި މަހު އެ ފިލްމު އެމެޒޯންއިން ސްޓްރީމް ކުރަން ފަށާފައިވާއިރު އެ ފިލްމަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އަނޫބަވް ސިންހާ ޑައިރެކްޓްކޮށް އުފައްދި އެ ފިލްމަކީ ކައިވެންޏެއްގެ ތެރޭގައި އަންހެނަކަށް ދިމާވާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދި ފިލްމެކެވެ. ތާޕްސީގެ އިތުރުން މި ފިލްމުން ފެނިގެންދާނީ ޕަވައިލް ގްލާޓީ، ރަތުނާ ޕަތަކް ޝާހު، ތަންވީ އަޒްމީ، ދިއާ މިރްޒާ، ރާމް ކަޕޫރް، ކުމުދު މިޝްރާ، މާނަވް ކޯލް އަދި ގްރޭސީ ސިންގްއެވެ. "ތައްޕަޅު" ރިލީޒްކުރީ މިދިޔަ ފެބްރުއަރީ މަހުއެވެ. ބޮކްސް އޮފީހުގައި ވެސް މި ފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.
"ތައްޕަޅު" އެމެޒޯން ޕްރައިމް އަށް
އެމްއެމްޕީއާރުސީގެެ ހިޔާނާތުގެ މައްސަލައާ ގުޅިގެން މަނީ ލޯންޑަރިންގެ ކުށް ސާބިތުގެ ފަސް އަހަރަށް ޖަލަށް ލާފައިވާ ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި، ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ. ޖާބިރު މަޖިލީހަށް ފޮނުއްވެވި ގަރާރުގައި ވިދާޅުވެފައިވަނީ މިހާރު އޮތް ކޮވިޑް-19ގެ ހާލަތާ ގުޅިގެން މުޅި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ހުއްޓި އިގުތިސާދު ހީނަރުވެ ރައްޔިތުން ބިކަ ހާލުގައި ޖެހުމުގެ ފުރުސަތު އޮތް ދަނޑިވަޅަކަށް ވެފައިވާތީ ރައީސް ޔާމީން މިނިވަން ކުރަން ޖެހޭ ކަމަށެވެ. ރައީސް ޔާމީން މިނިވަން ކުރުމަށް ފަހު، އެމަނިކުފާނާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައި ރައީސް ޔާމީންގެ ފަރާތްޕުޅުން މިވަގުތު ހޯއްދެވެން އޮތް އެހީއެއް ހޯދެއްވުމަށް އެ ގަރާގުގައި ވަނީ ގޮވާލާފަ އެވެ. އެ ގަރާރުގައި އިތުރަށް ވިދާޅުވެފައިވަނީ މިވަގުތު ހޯއްދެވެން އޮތް އެހީތެރިކަމެއް ހޯއްދެވުމަށްޓަކައި އެމަނިކުފާނާއެކު މަޝްވަރާކުރެއްވުމަކީ މިވަގުތު ދިވެހި ރައްޔިތުންގެ ހައްގުގައި ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށް ދެކިލައްވާ ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ޗައިނާ އާއި ސައުދި އަރައްބިއްޔާ އާއެކު ވަރަށް ގާތް ގުޅުމެއް އޮތީތީ، އެ ދެގައުމުގެ އެހީތެރިކަން މިވަގުތުގައި ރައީސް ޔާމިނަށް ހޯއްދައިދެވޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށް އެ ގަރާރުގައި ވިދާޅުވެފައިވެ އެވެ. އެހެންކަމުން ހުރިހާ ރައްޔިތުން އެއްގަލަކަށް އަރައި، ސިޔާސީ ވާދަވެރިކަން ނެތިކޮށްލައި ގައުމީ ރޫހެއްގައި ކަންތައް ކުރުމަށް އެ ގަރާރުގައި ވަނީ ގޮވާލާފަ އެވެ. އެމްއެމްޕީއާރުސީގެ 3.2 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން މިހާތަނަށް ދައުވާއެއްކޮށް ހުކުމްކޮށް ޖަލުގައި އޮތީ ރައީސް ޔާމީން އެކަންޏެވެ. އެމަނިކުފާނު ފަސް އަހަށް ޖަލަށް ލާން ހުކުމްކޮށްފައިވަނީ، އެމްއެމްޕީއާރްސީގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެ ވެގެންނެވެ.
ޔާމީން ވަގުތުން މިނިވަން ކުރަން ގޮވާލައި ޖާބިރު ގަރާރެއް ހުށަހަޅައިފި
ރޯމް (27 އެޕްރީލް 2020) : ކޮރޯނާވައިރަސް "ކޮވިޑް-19" ކޮންޓްރޯލް ކުރުމަށް އިޓަލީގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއިދޭން ނިންމާފައިވާ ކަމަށް އެގައުމުން ބުނެފިއެވެ. އިޓަލީގެ ބޮޑުވަޒީރު ގޮސީޕީ ކޮންޓޭ ވިދާޅުވީ އަންނަ މެއި މަހުގެ 4 ވަނަ ދުވަހުން ފެށިގެން ހަރުކަށި ފިޔަވަޅުތަކަށް ލުއިދޭން ފަށާނެކަމަށާ ދިނުމަށް ހަމަޖެހިފައިވާ ލުއިތަކުގެ ތެރޭގައި ގައިދުރުކަމާއެކު ބޭރަށް ނުކުމެ އުޅުމުގެ ފުރުސަތު ދިނުން ހިމެނޭކަމުގައެވެ. ނަމަވެސް އިޓަލީގެ އެއްވެސް ސްކޫލެއްގައި ކިޔެވުމުގެ ފުރުސަތު އަދި ނުދޭނެކަމަށާ ސްކޫލްތައް ހުޅުވަން ގަސްދުކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ފަހުންކަމަށް ކޮންޓޭ ވިދާޅުވިއެވެ. އިޓަލީގެ ނޫހެއް ކަމަށްވާ "ލަ ރިޕަބްލިކާ" އަށް ދެއްވި ބަސްދީގަތުމެއްގައި ކޮންޓޭ ވިދާޅުވީ އަންނަ މެއި މަހުގެ 4 ވަނަ ދުވަހުން ފެށިގެން ކާރުޚާނާތަކާއި އޮފީސްތައް ހުޅުވައިގެން މަސައްކަތް ކުރުމުގެ ހުއްދަވެސް ދޭނެކަމަށާ އަދި ހޯލްސޭލް ވިޔަފާރިތަކާއި ރީޓޭލް ވިޔަފާރިކުރާ ތަންތަނުގެ މަސައްކަތް ފުރިހަމަގޮތުގައި ކުރުމުގެ ހުއްދަވެސް (ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކުރާގޮތަށް) ދޭނެކަމުގައެވެ. އަދި މާސްކު އަޅައިގެންނާއި ގައިދުރުކަން ބަހައްޓާގޮތަށްއާއިލާގެ މެމްބަރުންގެ ގާތަށް، ޒިޔާރަތް ކުރުމާއި ޕާކްތަކަށާއި މަގުތަކަށް ނުކުމެ އުޅުމުގެ ހުއްދަވެސް މެއި މަހުގެ 4 ވަނަ ދުވަހުން ފެށިގެން ދޭނެކަމަށް ކޮންޓޭ ވިދާޅުވިއެވެ. ނަމަވެސް މީގެމާނައަކީ ކޮވިޑް-19 ގެ ކުރިން އިޓަލީ އޮތް ހާލަތަށް އެނބުރި އައުން ނޫންކަމަށާ ހަރުކަށި ފިޔަވަޅުތަކަށް ލުއިދިނުމާއެކު ކޮވިޑް-19 ގެ ހާލަތްތައް އިތުރުވާން ފަށައިފިނަމަ އަލުން ފިޔަވަޅުތައް ވަރުގަދަކުރާނެކަމުގެ އިންޒާރުވެސް ކޮންޓޭ ދެއްވިއެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އިޓަލީގައި ފުރަބަންދުގެ ފިޔަވަޅުތައް ތަންފީޒު ކުރަން ފަށާފައިވަނީ މިދިޔަ މާޗް މަހުގެ ދެވަނަ ހަފްތާއިން ފެށިގެންނެވެ. ފުރަބަންދުގެ ފިޔަވަޅުތައް ވަރުގަދަ ކުރަމުންގޮސް މާޗް މަހުގެ ފަހުކޮޅާއި މި އެޕްރީލް މަހުގެ ކުރީކޮޅު އިޓަލީގެ ކަންކޮޅުތަކުގައި އެފިޔަވަޅުތައްވަނީ ވަރަށް ވަރުގަދަ ކޮށްފައެވެ. އިޓަލީއަކީ ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގައި ދެވަނަ އަށް އެންމެ ބޮޑު ގެއްލުމެއް ލިބުނު ގައުމެވެ. ކޮވިޑް-19 ޖެހުނު ކަމަށް ރިޕޯޓްކުރެވިފައިވާ މީހުންގެ އަދަދު އިޓަލީގައި ގާތްގަނޑަކަށް ދެލައްކައަށް އަރަން ގާތްވެފައިވާއިރު އެ ރޯގާގައި އެގައުމުން 26 ހާހަށްވުރެ ގިނަމީހުންވަނީ މަރުވެފައެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އިޓަލީއަށް ކުރިމަތިވި އެންމެބޮޑު ކާރިސާކަމާއި އަދި މީހުންގެ ފުރާނައާއި އިގްތިސާދަށްވެސް ލިބުނު އެންމެ ބޮޑު ގެއްލުން ކަމަށް އެގައުމުން ވަނީ ސިފަކޮށްފައެވެ. އިޓަލީގައި ކޮވިޑް-19 ފެތުރޭ މިންވަރު ކޮންޓްރޯލް ކުރެވިފައިވީނަމަވެސް މިހާރުވެސް 24 ގަޑީއިރަށް ބަލާއިރު އެވްރެޖްކޮށް 200 އާއި 300 އާ ދެމެދުގެ އަދަދެއްގެ މީހުންނަށް އެ ރޯގާ ޖެހެއެވެ. އިޓަލީގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ތައްޔާރުވާއިރު ސްޕޭންގައިވަނީ އެފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީފައެވެ. އަދި ޖަރުމަނުންވެސްވަނީ ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދިނުމާމެދު ވިސްނަމުންނެވެ. ނަމަވެސް ޖަރުމަނުގެ ޚާރިޖީ ވަޒީރު ހައިކޮމާސް ވަނީ އެކަށޭނަ ވަގުތުގައި ނޫނީ ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދީފިނަމަ "ޖަރުމަނުގެ ޖައްވުގައިވާ ކޮވިޑް-19 ގެ ވިލާގަނޑު އަލުން ބޯވެދާނެ" ކަމުގެ އިންޒާރު ދެއްވާފައެވެ. ޖަރުމަނުގައި ކޮވިޑް-19 ފެތުރޭ މިންވަރު އެހާބޮޑަކަށް އަދިވެސް ދަށަކަށް ނުދެއެވެ. ޔޫރަޕްގައި ކޮވިޑް-19 އެންމެ ބާރަށް ފެތުރޭ ގައުމުތަކުގެ ތެރޭގައި ހިމެނޭ އިނގިރޭސިވިލާތުންނާއި ފަރަންސޭސިވިލާތުންވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދޭން އަދި ނުވިސްނާ ކަމަށް ބުނެފައެވެ. (ނޫސްއެޖެންސީތައް)
އިޓަލީގައި ލޮކްޑައުންއަށް ލުއިދޭން ފަށަނީ
އެއް މަސްދުވަހަށް ބޭނުންވާ ވަރަށްވެސް ކާބޯތަކެތި ނެތް ކަމަށް ނުވަ ރަށަކުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް އަންގާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ. އެޗްއާރްސީއެމްގެ މެމްބަރުން ވަކި ކުރުމުގެ މައްސަލަ މަޖިލީހަށް ވައްދާފައި އޮއްވާ އެ ކޮމިޝަނުން ވަނީ އެ ކޮމިޝަނުގެ މަސައްކަތްތަކުން ހޯދިފައިވާ ބައެއް މައުލޫމާތު މިއަދު އާންމުކޮށްފަ އެވެ. އެ މައުލޫމާތަކީ، ކޮވިޑް-19އާ ގުޅިގެން އިންސާނީ ހައްގުތަކުގެ ހާލަތު ދެނެގަތުމަށް އެޗްއާރްސީއެމްއިން ކުރި މަސައްކަތްތަކުގެ ތެރެއިން މި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި 27 ރަށު ކައުންސިލަކުން އެ ކޮމިޝަނަށް ފޯރުކޮށްދިން މައުލޫމާތުތަކެވެ. އޭރު ހަތް ރަށެއް ކަރަންޓީނުގައި އޮތް އިރު ނުވަ ރަށެއްގައި ހޯމް އައިސޮލޭޝަންގެ ކަންކަން ކުރިއަށް ދިޔަ އެވެ. އެޗްއާރްސީއެމްއިން ބުނީ އެ ކޮމިޝަނަށް މައުލޫމާތު ދިން ރަށްރަށުގެ ތެރެއިން ދެ ރަށަކުން ކާބޯތަކެތި ނުލިބޭކަން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި މަސް ދުވަހަށް ވާ ވަރަށް ކާބޯތަކެތި ނެތް ކަމަށް ނުވަ ރަށަކުން މައުލޫމާތު ދީފައިވާ ކަމަށެވެ. ކާބޯތަކެތީގެ އަގު މައްޗަށް ދިޔަ ކަމަށް ހަ ރަށަކުން މައުލޫމާތު ދިން އިރު އޭގެ ތެރެއިން ދެ ރަށުގައި އަގު އުފުލުނީ ސަރުކާރުން ކަނޑައަޅާފައިވާ މިންވަރަށް ވުރެ މައްޗަށެވެ. އެޗްއާރްސީއެމްއަށް މައުލޫމާތު ލިބުނު ގޮތުގައި، މި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ގިނަ ރަށްރަށުން ފެން ރައްކާކޮށްފައި ހުއްޓެވެ. ނަމަވެސް ހަތަރު ރަށެއްގައި ފެން ރައްކާކޮށްފައި ނުވެއެވެ. އަދި ފިހާރަތަކުގައި ހުރި ފެނުގެ އަގު މައްޗަށް ދިޔަކަން ރަށަކުން ފާހަގަކޮށްފައިވެއެވެ. ގޭގައި ތިބެގެން ތައުލީމު އުނގެނުމަށް ހަމަ ޖެހިފައިވާ އިންތިޒާމުތަކުގައި ކިޔަވާ ކުދިންނަށް ފުރިހަމައަށް ބައިވެރި ނުވެވޭކަމަށް ހަތަރު ރަށަކުން ފާހަގަކޮށްފައިވާއިރު، އިންޓަނެޓު ނުލިބުުމުގެ ދަތިކަން ދިމާވާ ކަމަށް ތިން ރަށަކުން ފާހަގަކޮށްފައިވެއެވެ. ކޮވިޑް-19އާ ގުޅިގެން ރަށުގެ ރައްޔިތެއްގެ ވަޒީފާ ގެއްލިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް 14 ރަށަކުން މައުލޫމާތު ދީފައިވާއިރު، އޭގެ ތެރޭގައި ޖުމްލަ 334 މީހުން ހިމެނޭކަމަށް އެ ރަށްތަކުން އެޗްއާރްސީއެމްއަށް މައުލޫމާތު ދީފައިވެއެވެ. ކާބޯތަކެތި ލިބުން ދަތިވި އާއިލާއެއް އުޅޭ ކަމަށް ރަށަކުން ފާހަގަކުރި އިރު ތިން ރަށެއްގައި ބިދޭސީ މަސައްކަތްތެރީންނަށް ކާބޯތަކެތި ލިބުން ދަތިވެގެން އުޅުނު ކަމަށް އެޗްއާރްސީއެމްއިން ބުންޏެވެ. އަދި ކައްކަން ބޭނުންވާ ގޭސް ރަށުން ލިބޭނެ ގޮތް ހަމަޖެހިފައި ނުވާ ކަމަށް ތިން ރަށަކުން މައުލޫމާތު ދީފައިވެއެވެ. ހަ ރަށެއް ފިޔަވައި ހުރިހާ ރަށެއްގައިވެސް ކަރަންޓީނު ކުރެވޭނެ އިންތިޒާމް ގާއިމް ކުރެވިފައިވާކަމަށް ފާހަގަކޮށްފައިވެ އެވެ. އެކަށީގެންވާ މިންވަރަށް ޕީޕީއީ ނެތްކަމަށް 23 ރަށަކުން ފާހަގަކުރި އެވެ. ކޮވިޑް-19ގެ ހާލަތުގައި މީހުންގެ ހައްގުތައް ކަށަވަރު ކުރުމަށް އެޗްއާރުސީއެމްއިން އެދެވޭ ގޮތެއްގައި މަސައްކަތް ކުރަމުން ނުދާ ކަމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން މިދިޔަ ހަފްތާ އެކުލަވާލި ރިޕޯޓެއްގައި ބުނެފައިވެ އެވެ. އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި، ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އެޗްއާރުސީއެމްއިން މަސައްކަތް ކުރަން ފެށީ އެހެން މުއައްސަސާތަކަށް ވުރެ މާލަހުންނެވެ. އަދި އެޗްއާރުސީއެމް ފިޔަވާ އެހެން މުއައްސަސާތަކުން ވަނީ މަދު ވަސީލަތްތަކެއް ބޭނުންކޮށްގެން ނަމަވެސް، އެދެވޭ މަސައްކަތްތަކެއް ކޮށްފަ އެވެ. މިއަދު އެޗްއާރްސީއެމްގެ މެމްބަރުން މަގާމުން ވަކި ކުރުމުގެ މައްސަލަ މަޖިލީހުގައި އެޖެންޑާކޮށް، މެމްބަރުން ވަކި ކުރުމުުގެ މައްސަލަ ވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވައިފައެވެ.
މަސް ދުވަހުގެ ކާބޯތަކެތި ނެތް ކަމަށް ނުވަ ރަށަކުން އެޗްއާރްސީއެމްއަށް އެންގި
ފޯބްސްއިން ހޮވާ ދުނިޔޭގެ އެންމެ މުސާރަ ބޮޑު އަންހެން ކުޅުންތެރިންގެ ލިސްޓުގެ އެއްވަނައަށް ޖަޕާނުގެ ޓެނިސް ކުޅުންތެރިޔާ ނައޮމޯ އޮސާކާ އަރައިފި އެވެ. އުުމުރުން 22 އަހަރުގެ އޮސާކާ އެއްވަނައަށް އަރީ ވޭތުވެ ދިޔަ ހަތަރު އަހަރުގެ އެއްވަނައިގައި އޮތް ތަޖުރިބާކާރު ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް ފަހަތަށް ޖައްސާލުމަށްފަހު އެވެ. އަދި އެއާ އެކު އޭނާ ވަނީ މުޅި ދުނިޔޭގައި ވެސް އެންމެ މުސާރަ ބޮޑު އެތުލީޓުންގެ ލިސްޓުގެ 29 ވަނައަށް ޖެހިލައިފަ އެވެ. ގްރޭންސް ސްލޭމްގެ ޗެމްޕިއަންކަން ދެފަހަރެއްގެ މަތިން ހޯދާފައިވާ އޮސާކާއަށް ވޭތުވެ ދިޔަ 12 މަސްދުވަހުގެ ތެރޭގައި ޕްރައިޒް އިނާމާއި، އިތުރު އެންޑޯޒްމެންޓްތަކަކާ އެކު ވަނީ 30.7 މިލިއަން ޕައުންޑް ލިބިފަ އެވެ. މިއީ 38 އަހަރުފެ ވިލިއަމްސްއަށް ލިބުނު ފައިސާގެ އަދަދަށް ވުރެން 1.15 މިލިއަން ޕައުންޑް އިތުރު އަދަދެކެވެ. ފޯބްސްއިން 1990 ވަނަ އަހަރުން ފެށިގެން އެންމެ މުސާރަ ބޮޑު ކުޅުންތެރިންގެ ލިސްޓް އާއްމު ކުރަން ފެށީން ސުރެއް މި އަހަރާއި ހަމައަށް ވެސް އަންހެން އެތުލީޓުންގެ ލިސްޓުގެ އެއްވަނައަށް އައިސްފައިވަނީ ޓެނިސް ކުޅުންތެރިންނެވެ. އެގޮތުން ވޭތުވެ ދިޔަ ހަތަރު އަހަރު އެ މަގާމު ދިފާއު ކޮށްފައިވަނީ 23 ފަހަރު ގްރޭންޑް ސްލޭމް ކާމިޔާބު ކޮށްފައިވާ ވިލިއަމްސް އެވެ. އޭގެ ކުރިން ފަސް ފަހަރު ވެސް އެ މަގާމު ހޯދީ ރަޝިއާގެ ތަޖުރިބާކާރު ޓެނިސް ކުޅުންތެރިޔާ މާރިއާ ޝަރަޕޯވާ އެވެ. އޭނާއަށް މިދިޔަ އަހަރުގެ ތެރޭގައި ލިބިފައިވަނީ 24.2 މިލިއަން ޕައުންޑެވެ. ފޯބްސްގެ 100 ޓޮޕް ލިސްޓް އެއްކޮށް އަންނަ ހަފުތާ ނުކުންނަ އިރު އޮސާކާއާއި، ވިލިއަމްސް ވަނީ އެ ލިސްޓުން ޖާގަ ހޯދާފަ އެވެ. މިއީ 2016 ވަނަ އަހަރުގެ ފަހުން އަންހެން ދެކުޅުންތެރިއަކު މި ލިސްޓުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.
އެންމެ މުސާރަ ބޮޑު އަންހެން އެތުލީޓަކަށް 22 އަހަރުގެ އޮސާކާ
ފޯބްސްއިން ހޮވާ ދުނިޔޭގެ އެންމެ މުސާރަ ބޮޑު އަންހެން ކުޅުންތެރިންގެ ލިސްޓުގެ އެއްވަނައަށް ޖަޕާނުގެ ޓެނިސް ކުޅުންތެރިޔާ ނައޮމޯ އޮސާކާ އަރައިފި އެވެ. އުުމުރުން 22 އަހަރުގެ އޮސާކާ އެއްވަނައަށް އަރީ ވޭތުވެ ދިޔަ ހަތަރު އަހަރުގެ އެއްވަނައިގައި އޮތް ތަޖުރިބާކާރު ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް ފަހަތަށް ޖައްސާލުމަށްފަހު އެވެ. އަދި އެއާ އެކު އޭނާ ވަނީ މުޅި ދުނިޔޭގައި ވެސް އެންމެ މުސާރަ ބޮޑު އެތުލީޓުންގެ ލިސްޓުގެ 29 ވަނައަށް ޖެހިލައިފަ އެވެ. ގްރޭންސް ސްލޭމްގެ ޗެމްޕިއަންކަން ދެފަހަރެއްގެ މަތިން ހޯދާފައިވާ އޮސާކާއަށް ވޭތުވެ ދިޔަ 12 މަސްދުވަހުގެ ތެރޭގައި ޕްރައިޒް އިނާމާއި، އިތުރު އެންޑޯޒްމެންޓްތަކަކާ އެކު ވަނީ 30.7 މިލިއަން ޕައުންޑް ލިބިފަ އެވެ. މިއީ 38 އަހަރުފެ ވިލިއަމްސްއަށް ލިބުނު ފައިސާގެ އަދަދަށް ވުރެން 1.15 މިލިއަން ޕައުންޑް އިތުރު އަދަދެކެވެ. ފޯބްސްއިން 1990 ވަނަ އަހަރުން ފެށިގެން އެންމެ މުސާރަ ބޮޑު ކުޅުންތެރިންގެ ލިސްޓް އާއްމު ކުރަން ފެށީން ސުރެއް މި އަހަރާއި ހަމައަށް ވެސް އަންހެން އެތުލީޓުންގެ ލިސްޓުގެ އެއްވަނައަށް އައިސްފައިވަނީ ޓެނިސް ކުޅުންތެރިންނެވެ. އެގޮތުން ވޭތުވެ ދިޔަ ހަތަރު އަހަރު އެ މަގާމު ދިފާއު ކޮށްފައިވަނީ 23 ފަހަރު ގްރޭންޑް ސްލޭމް ކާމިޔާބު ކޮށްފައިވާ ވިލިއަމްސް އެވެ. އޭގެ ކުރިން ފަސް ފަހަރު ވެސް އެ މަގާމު ހޯދީ ރަޝިއާގެ ތަޖުރިބާކާރު ޓެނިސް ކުޅުންތެރިޔާ މާރިއާ ޝަރަޕޯވާ އެވެ. އޭނާއަށް މިދިޔަ އަހަރުގެ ތެރޭގައި ލިބިފައިވަނީ 24.2 މިލިއަން ޕައުންޑެވެ. ފޯބްސްގެ 100 ޓޮޕް ލިސްޓް އެއްކޮށް އަންނަ ހަފުތާ ނުކުންނަ އިރު އޮސާކާއާއި، ވިލިއަމްސް ވަނީ އެ ލިސްޓުން ޖާގަ ހޯދާފަ އެވެ. މިއީ 2016 ވަނަ އަހަރުގެ ފަހުން އަންހެން ދެކުޅުންތެރިއަކު މި ލިސްޓުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.
އެންމެ މުސާރަ ބޮޑު އަންހެން އެތުލީޓަކަށް 22 އަހަރުގެ އޮސާކާ
ފުލުހުން ހިންގާ ބޮޑެތި ޖިނާއީ މައްސަލަތަކުގެ ތަހުގީގާ ގުޅޭ ތަފްސީލީ މައުލޫމާތު މަދުވެގެން ހަފްތާއަކު އެއްފަހަރު، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހާ ހިއްސާކުރުމަށް ފުލުހުންނަށް އަންގައިފި އެވެ. ޕްރޮސިކިއުޓާ ޖެނެެރަލް ހުސެއިން ޝަމީމް މިއަދު ވަނީ "ޖިނާއީ ބޮޑެތި މައްސަލަތަކުގައި އަމަލުކުރާނެ ގޮތުގެ އިރުޝާދު" ނަމުގައި އުސޫލެއް އެކުލަވާލައްވައި އެ އުސޫލަށް މިއަދުން ފެށިގެން އަމަލުކުރަން ފުލުހުންނަށް އަންގަަވައިފަ އެވެ. ޕީޖީ އޮފީހުން ބުނީ އެ އުސޫލަކީ، ޖިނާއީ ބޮޑެތި ކުށްތަކުގެ ތަހުގީގުތައް ހިންގަނީ ކަނޑައެޅިފައިވާ ގާނޫނުތަކާއި އެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްއަށް ގާނޫނު އަސާސީގެ 223 ވަނަ މާއްދާގެ (ރ) އިން ލިބިދޭ ބާރުގެ ދަށުން އެންގެވި އެންގެވުމެއް ކަމަށެވެ. އެ އުސޫލުގެ ތަފްސީލްތައް ދެއްވަމުން ޕީޖީ އޮފީހުގެ ތަރުޖަމާނު، ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ޝަފީއު "ސަން"އަށް މިއަދު ވިދާޅުވީ، ޓެރަރިޒަމްގެ މައްސަލަތަކާއި ބަންދުގައި މީހުން ބަހައްޓައިގެން ހިންގާ ތަހުގީގުތައް ރޭވިފައިވާ ގޮތާއި ތަހުގީގު ގެންދާ މިސްރާބު މަދުވެގެން ހަފްތާއަކު އެއްފަހަރު ޕީޖީއާ ހިއްސާކުރަން ޖެހޭނެ ކަމަށެވެ. ''އޭގެ އިތުރުން އެ މައްސަލައެއްގެ ދަށުން ތަހުގީގު ކުރުމަށް ގަސްތުކޮށްފައިވާ ކަންކަންވެސް ޕީޖީއާ ހިއްސާ ކުރުމަށް އަދި ޖިނާއީ ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވި ހައްޔަރުކޮށްފައިނުވާނަމަ، ނުވަތަ ހައްޔަރުކުރުމަށްފަހު ދޫކޮށްލާފައިވާނަމަ 15 ދުވަހުން 15 ދުވަހުން އެ މައްސަލައިގެ ތަހުގީގުގެ މައުލޫމާތުވެސް ޕީޖީއާ ހިއްސާ ކުރަންޖެހޭނެ.'' ޝަފީއު ވިދާޅުވި އެވެ. މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ހުށަހަޅާއިރު، އެ މައްސަލައިގެ ތަހުގީގު ކުރިއަށްދިޔަ ގޮތާއި ތަހުގީގުގެ މިސްރާބު ހުރި ގޮތް އަދި ތަހުގީގަށް ހޯދަން ބޭނުންވާ މައުލޫމާތެއް ހޯދިފައިނުވާ ނަމަ، ނުވާ ސަބަބު އަދި މައްސަލައިގެ ވަށައިގެންވާ ކަންކަމުގެ ތެރެއިން މައްސަލައިގެ އަދަބަށް އަސަރުކޮށްފާނެ ފަދަ ކަމެއް ވާނަމަ އެކަމުގެ މައުލޫމާތު ވެސް ޕީޖީ އޮފީހާއި ހިއްސާ ކުރުމަށް މި އުސޫލުގައި ވަނީ ބުނެފަ އެވެ. ހެކިންނަށް ނުފޫޒު ފޯރަފާނެ ކަމަށް ފެންނަ ނަމަ އެކަމުގެ މައުލޫމާތު އަދި ތަހުގީގު ކުރާ އައިއޯ (އިންވެސްޓިގޭޓިވް އޮފިސަރު) މުޅި މައްސަލައާ މެދު ދެކޭގޮތް ބަޔާން ކޮށް ޕީޖީއަށް އެ މައުލޫމާތުވެސް ހިއްސާކުރެވެން ވާނެކަމަށް މި އުސޫލުގައި ވަނީ ބުނެފަ އެވެ. ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ސޮއިކުރައްވައި މިއަދު ނެރުނު މި އުސޫލުގައި ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއިން ތަހުގީގުކުރާ ޖިނާއީ ބޮޑެތި މައްސަލަތަކުގައި އެ އުސޫލުތައް ފުރިހަމައަށް އަމަލުކުރުމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް އަންގަވައިފަ އެވެ. ޕީޖީ މިފަދަ ގޮތަކަށް ފުލުހުންނަށް އަންގަވާފައި މި ވަނީ، މިދިޔަ ފެބުރުއަރީ މަހު ހުޅުމާލޭގައި ޓޫރިސްޓުންނަށް ހަމަލާދިން މައްސަލައިގައި ތުހުމަތުކުރެވޭ އަށް މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވި ނަމަވެސް، ދައުވާ ނުކުރެވި އެ މީހުން މިނިވަންވި މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ. ފުލުހުން ބުނެފައި ވަނީ، އެ މައްސަލައިގައި ފުލުހުން ކުރި ތަހުގީގާއި ހެކި ހޯދުމަށް ކޮށްފައިވާ މަސައްކަތް ރަނގަޅު ކަމަށެވެ. އަދި ތަހުގީގު އިތުރަށް ފުރިހަމަ ކުރަން މައްސަލައިގައި ދައުވާ ނުކޮށް އަނބުރާ ފޮނުވާލާފައި ވާތީ، އެކަމުގައި ދެން އަމަލު ކުރެވޭނެ ގޮތެއް ޕީޖީއާ މަޝްވަރާކޮށްގެން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުންގެ ބޮޑެތި ތަހުގީގުތަކުގެ ތަފްސީލް ޕީޖީއާ ހިއްސާކުރަން އަންގައިފި
ނުވަދިހަ އަށެއްގެ ޔޫއެފާ ކަޕު ކާމިޔާބުކޮށްދިން އިންޓަމިލާނުގެ ކުރީގެ ހެޑްކޯޗް ގިގީ ސިމޯނީ މަރުވެއްޖެ އެވެ. އިންޓަ މިލާނުން ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ޓްރެބަލް ކާމިޔާބު ކުރި ސީޒަނަށް 10 އަހަރު މިއަދަށް ފުރުނު އިރު އެ ކުލަބުގެ މި އުފާވެރި ދުވަހަށް ހިޔަނި އެޅިގެންދިޔައީ ކުލަބުގެ ލެޖެންޑަރީ ކޯޗު ސިމޯނީގެ މަރުގެ ހިތި ހަބަރާ އެކު އެވެ. އުމުރުން 81 އަހަރުގެ ސިމޯނީ މިއަދުގެ ވަގުތެއްގައި މަރުވިކަން އެކުލަބުން ވަނީ އިއުލާން ކޮށްފަ އެވެ. މިދިޔަ އަހަރުގެ ޖޫން މަހު ޖެހުނު ސްޓްރޯކަކަށްފަހު ހާލު ދެރަވުމުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮންނަތާ އަހަރެއްހާ ދުވަސްފަހުން ސިމޯނީ މަރުވެފައިވާ އިރު އޭނާ އަކީ އިޓާލީގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު އެއް ކޯޗެވެ. އޭނާގެ ދިގު ކޯޗިންގް ކެރިއަރުގައި ސިމޯނީ ވަނީ ދެވަނަ ޑިވިޝަނުގައި އުނދަގޫ ހާލަތެއްގައި އޮތް ހަތް ޓީމެއް ކޮޅަށް ނަގައި، ފުރަތަމަ ޑިވިޝަނަށް ގެންގޮސްދީފަ އެވެ. ސިމޯނީގެ އެންމެ ބޮޑު ކާމިޔާބެއްގެ ގޮތުގައި ފާހަގަ ކޮށްލެވެނީ ބްރެޒިލްގެ ރޮނާލްޑޯ ނަޒާރިއޯ، ހަވިއާ ޒެނެޓީ ފަދަ ކުޅުންތެރިންތަކެއް ގޮވައިގެން ގޮސް ޔޫރޮޕުގެ ތަށި އުފުލާލުމެވެ. ޕެރިހުގައި އޮތް ފައިނަލުގައި އޭނާގެ ކުރީގެ ކުލަބު ލާޒިއޯ ބަލިކޮށް އިންޓަ މިލާނަށް 1998 ވަނަ އަހަރުގެ ޔޫއެފާ ކަޕު ކާމިޔާބު ކޮށްދިން ސިމޯނީ ވަނީ އެ ދެކުލަބުގެ އިތުރުން ނަޕޯލީ އަދި ޓޮރީނޯގެ އިތުރުން ބްރެޝިއާއަށް ވެސް ކޯޗުކަން ކޮށްދީފަ އެވެ. "މިއަދަކީ އިންޓަގެ ތާރީހުގައި ވެސް އެންމެ އިންޓަ ދުވަސް. މިއަދު އޭނާ ވަނީ އަހަރުމެންނާ ވަކިވެފައި. ސިމޯނީ މަތިން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ." އިންޓަ މިލާނުން ބުނެފައިވެ އެވެ. އިންޓައާ އެކު 1997-1998 ވަނަ އަހަރުގެ އިޓާލިއަން ލީގުގެ ވެސް ރަނަރަޕްކަން ހޯދި ސިމޮނީ ވަނީ އެ އަހަރު ހޮވި ދުނިޔޭގެ އެންމެ މޮޅު ކޯޗުގެ މަގާމުވެސް ހޯދައިފަ އެވެ. ސިމޯނީގެ މަރުގެ ހަބަރާއެކު ފުޓުބޯޅަ އާއިލާގެ ގިނަބަޔަކު ހިތާމަފާޅު ކުރަމުން އަންނަ އިރު އޭނަގެ ކުރީގެ ކުލަބުތަކުން އަންނަނީ ހަމްދަރުދީގެ ޕޯސްޓްތައް އާއިލާއަށް ރައްދުކުރަމުންނެވެ.
އިންޓަ މިލާނުގެ ކުރީގެ ކޯޗު ގިގީ ސިމޯނީ މަރުވެއްޖެ
އަމިއްލަ ހަރަދުގައި ރާއްޖެއިން ބޭރުގައި މަތީ ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީ ވާން ހުޅުވާލައިފި އެެވެ. މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ކޮވިޑް-19 ދުނިޔޭގެ ކަންކޮޅުތަކަށް ހަލުވިކަމާއިއެކު ފެތުރެމުން އަންނަ މި ދަނޑިވަޅުގައި، މިނިސްޓްރީން އެކި ފިޔަވަޅުތައް އަޅަމުންދާ ކަމަށެެވެ.އަދި އެކަންކަން އަވަހަށް ނިންމުމުގެ ހޮތުން ބޭރުގައި ތިބި ދަރިވަރުންނާ ބެހޭ މައުލޫމާތު މިނިސްޓްރީއަށް ވަރަށް މުހިންމު ކަމަށެެވެ. އެހެންކަމުން، އަމިއްލަ ޚަރަދުގައި ރާއްޖޭން ބޭރުން މަތީތަޢްލީމަށް ކިޔަވާވިދާޅުވަމުން ގެންދަވާ ދަރިވަރުންނަށް ހަޔާ އެޑިއުކޭޝަންގެ މިނިސްޓްރީގެ ވެބްސައިޓްގައި ރަޖިސްޓަރީ ވެވޭ ގޮތަށް މިހާރު ހަމަޖައްސައިފައިވާ ކަަމަށް އެ މިނިސްޓްރީން ބުންޏެވެ. އެހެންކަމުން އަމިއްލަ ގޮތުން، ރާއްޖެއިން ބޭރުގައި މަތީތަޢުލީމު ހާޞިލްކުރައްވަމުންގެންދަވާ ހުރިހާ ދަރިވަރުން ވީހާވެސް އަވަސް ފުރުޞަތެއްގައި މިނިސްޓްރީގެ ވެބްސައިޓްގައި ރަޖިސްޓްރީކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މީގެ ކުރިން ވިދާޅުވީ ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ދިވެހި ކިޔަވާކުދިން ހާލުގައި ޖެހި ދަތިތަކާ ކުރިމަތިވުމުން މިނިސްޓްރީގެ ސަމާލުކަމަށް އަންނަ ކަމަށާއި ނަމަވެސް އަމިއްލަ ޚަރަދުގައި ބޭރު ތަންތާނގައި ކިޔަވަން ތިބޭ ކުދިންގެ މައުލޫމާތު މިނިސްޓްރީގައި ނުހުންނަ ކަމަށެވެ. ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ކޮވިޑް-19 އާ ހުރެ މާލީ ގޮތުން ދަތިތަކާ ކުރިމަތިވި ފަރާތްތަކަށް އެހީ ދޭން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ނިންމައިފައެެވެ.
އަމިއްލަ ހަރަދުގައި ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިން ރަޖިސްޓްރީ ވާން ހުޅުވާލައިފި
ކޮވިޑް 19 އާއި ގުޅިގެން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ހުއްދަ ނެތި ހދ. ކުރިނބީ އިން ކުޅުދުއްފުއްޓަށް ދިޔަ ދެމީހަކު ހައްޔަރު ކޮށްފި އެވެ. ފުލުހުން ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައި ވަނިކޮށް، ހުއްދަ ނުހޯދާ ކުރިނބީ އިން ކުޅުދުއްފުއްޓަށް ކެނޯއެއްގައި ދިޔަ ދެ މީހަކު ކުޅުދުއްފުށީ އެއާޕޯޓު ސަރަހައްދުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ ރޭ 11:30 ހާއިރު ކަމަށާއި ހައްޔަރު ކޮށްފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. ކެނޯއެއްގައި ދެމީހަކު ކުޅުދުއްފުއްޓަށް ގޮސްފައިވާއިރު އެ ސިޓީ އޮތީ ލޮކްޑައުން ކޮށްފަ އެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ދަތުރު ކުރުން ވަނީ މަނާކޮށްފަ އެވެ. މިގޮތަށް ދަތުރު ކުރެވޭނީ އެޗްޕީއޭ އާއި ރަށްރަށުގެ ކައުންސިލްތަކުގެ ހުއްދަ ލިބިގެންނެވެ. މީގެ ކުރިންވެސް މިގޮތަށް ހުއްދަ ނެތި އެއްރަށުން އަނެއްރަށަށް ދަތުރު ކުރި މީހުން ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ.
ކެނޯއެއްގައި ކުޅުދުއްފުއްޓަށް ދިޔަ ދެމީހަކު ހައްޔަރު ކޮށްފި
ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ގާތް އެކުވެރިންގެ ތެރޭ ހިމެނޭ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ފެންނަ ފޮޓޯއެއް ޓްވީޓްކުރައްވައި، އެ ފޮޓޯއިން ފެންނަނީ ހިޔާނާތްތެރިން ކަމަށް ތުހުމަތު ކުރައްވައިފި އެވެ. ރާއްޖޭގެ ގިނަ ޕާޓީތައް އެކުލެވޭ ސިޔާސީ ނިޒާމެއް ވުޖޫދުވި ހިސާބުން ފެށިގެންވެސް މިވަގުތު އެންމެ ޒިންމާބޮޑު ވުޒާރާއާ ހަވާލުވެވަޑައިގެން ހުންނެވި، މިނިސްޓަރު އަމީން އާއި އިދިކޮޅު ފަޅީގައި ހުންނެވި ޖަމީލްއާ ދެބޭފުޅުންނަކީ ގާތް ރަހުމްތެރިންގެ ގޮތުގައި އެއްކޮށް ސިޔާސީ މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅުންނެވެ. ކޮރޯނާވައިރަހާ ދެކޮޅަށް މަސައްކަތް ކުރާ އިސް މުއައްސަސާތަކުގެ ވެރިންނާއި ޑޮކްޓަރުންގެ ޓީމްގެ ބޭފުޅުންގެ ފޮޓާތަކަކާ އެކު ޖަމީލް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ދުނިޔޭގެ ނިސްބަތުން މި ވައިރަހާ ދެކޮޅަށް އެންމެ ބޮޑު ހަރަދެއްކޮށްފައި ވަނީ ރާއްޖެއިން ނަމަވެސް، މިއީ އެންމެ ނަތީޖާ ދަށް ގައުމުކަމަށެވެ. އަދި ފޮޓޯ އިން ފެންނަ ފަރާތްތަކަކީ ގާބީލްކަމެއް ނެތް ބައެއް ކަމަށާއި އެއީ މުޅިންވެސް ހިޔާނާތްތެރިންގެ ގޮޮތުގައި ޖަމީލް ތުހުމަތު ކުރެއްވި އެވެ. "ޕޯސްޓްމޯޓަމް އިން ފެންނަނީ މުޅީންވެސް ހިޔާނާތްތެރިން. މަންޒަރު ސާފުވެއްޖެ. ގާބިލުކަމެއް، ލީޑާޝިޕެއްވެސް ނެތް. ދެން އޮތީ ސަލާމަތްތެރިކަން ހޯދަން ނުކުތުން،" ޖަމީލް ޓްވީޓްގައި ލިޔުއްވާފައިވެ އެވެ. މިއީ އަބަދުވެސް ސަރުކާރަށާއި ސަރުކާރުގެ ވަޒީރުންނަށް ބަހުގެ ހަމަލާތައް ދެމުން ގެންދާ ޖަމީލް، އަމީންނަށް ރައްދުވާގޮތަށް ބަހުގެ ހަމަލާތައް ދިން ފުރަތަމަ ފަހަރެވެ. އަދި މިއީ އަމީންއަށް ރައްދުވާ ގޮތަށް ޖަމީލް ފާޅުގައި އެއްޗެއް ވިދާޅުވި ފުރަތަމަ ފަހަރެވެ. އެންމެ ފުރަތަމަ ގައުމީ ޕާޓީގެ އިސްސްފުން ފެނިގެން ދިޔަ މި ދެބޭފުޅުން ކޮންމެ ސަރުކާރެއްގައިވެސް ހުންނަވަނީ ސިޔާސީ ގޮތުން އެއް ފިކުރެއްގަ އެވެ. ދެހާސްތޭރަވަނަ އަހަރު އޭރުގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ޖަމީލް ވާދަކުރެއްވި އިރުވެސް އެ ކެމްޕެއިންގައި ޖަމީލްއާއެކު އަމީން އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އިންތިހާބަށްފަހު، އަމީން ރައީސް ޔާމީންގެ ސަރުކާރުގައި ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގަ އެވެ. ރައީސް ޔާމީން 2013 ވަނަ އަހަރު އައްޑޫ ސިޓީއަށް ކުރެއްވި ރިޔާސީ ކެމްޕެއިން ދަތުރުގައި އެމަނިކުފާނުގެ އަރިހުގައި އަމީންއާއި ޖަމީލް: ސިޔާސީ މަސައްކަތުގައި އަމީންއާއި ޖަމީލްއަކީ ވަރަށް ގާތްކޮށް މަސައްތަކުރެއްވި ދެ އެކުވެރިން -- ފޮޓޯ/ އަމީން ޓްވީޓާ ނަމަވެސް ޖަމީލްއާއި ރައީސް ޔާމީންއާ އުފެދުނު ހިޔާލުތަފާތުވުންތަކަށްފަހު، ޖަމީލްއާއި އަމީން އަދި ރައީސް ޔާމީންގެ ސަރުކާރުގައި ސްޕޯޓް މިނިސްޓްރުކަން ކުރެއްވި، މިހާރުގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހް ޖަމާލްއާ ތިން ބޭފުޅުން ލަންޑަންގައި ބޭއްވި އޮންލައިން ޖަލްސާގައި އޭރުގެ އިދިކޮޅު، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި އެވެ. އެފަހުން ތިން ބޭފުޅުން އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބަށްފަހުވެސް އައީ އެކުގައި މަސައްކަތް ކުރައްވަމުންނެވެ. އަމީންއާ މަލީހަށްއަށްވެސް މިނިސްޓަރުކަން ލިބިފައިވަނީ ޖުމްހޫރީޕާޓީގެ ސްލޮޓްގަ އެވެ. ޖަމީލް ވަނީ މަޖިލިސް އިންތިހާބަށްފަހު ވަރަށް ބޮޑަށް ސަރުކާަރަށް ފާޑުވިދާޅުވެ، އެންމެފަހުން އިދިކޮޅު ލީޑަރު ރައީސް ޔާމީންއާއެކު މަސައްކަތްކުރައްވަން ފައްޓަވާ އެވެ. https://sun.mv/101147 ކޮވިޑް19އާ ދެކޮޅަށް މަސައްކަތްކުރައްވާ ސަރުކާރުގެ އިސްވެރިންނަށް ޖަމީލް ކޮރަޕްޝަންގެ ތުހުމަތު ކުރެއްވި އިރު، އިދިކޮޅު ފަރާތްތަކުންވެސް ވަނީ މި ސަރުކާރުން މި ވައިރަހާ ދެކޮޅަށް ކުރަމުންދާ މަސައްކަތްކަތުގެ ތެރެއިން ކޮރަޕްޝަންގެ އަަމަލުތައް ހިންގަމުންދާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި ސަރުކާރަށް ނިސްބަތްވާ މަޖިލިސް ބައެއް މެމްބަރުންވެސް ވަނީ އެ މޭރުމުން ވާހަކަ ދައްކަވާފަ އެވެ. ނަމަވެސް ސަރުކާރުން އެކަންކަން ދޮގު ކުރެ އެވެ.
އެކުވެރި އަމީންގެ ފޮޓޯއާއެކު ޖަމީލް ވިދާޅުވީ ހިޔާނާތްތެރިން ކަމަށް
ދުނިޔެ މިހާތަނަށް ދުށް އެންމެ ވަރުގަދަ އެއް ގަތުލުއާންމު ކަމުގައިވާ ރުވާންޑާގައި 1994 ވަނަ އަހަރު ހިނގައިދިޔަ ޖަރީމާތަކުގައި އެންމެ އިސް ދައުރެއް އަދާކުރި އެކަކުގެ ހަށިގަނޑުގެ ބައިތައް ހޯދައިފި އެވެ. ހަނގުރާމައިގެ ތެރޭގައި ހިންގާފައިވާ ޖަރީމާތައް ތަހުގީގުކުރާ އ.ދ ގެ ހާއްސަ ޕްރޮސެކިއުޓާ ސާގޭ ބްރެމާޓްޒް ވަނީ ގަތުލުއާންމު ތެރޭގައި އެގައުމުގެ ދިފާއީ ވަޒީރުކަން ކުރި އޮގަސްޓިން ބިޒިމާނާގެ ހަށިގަނޑުގެ ބައިތައް ކޮންގޯ-ބްރާޒަވިލް ސަރަހައްދުން ހޯދިފައިވާކަމަށް އިއުލާންކޮށްފަ އެވެ. ބިޒިމާނާ އަކީ 1994 ވަނަ ރުވާންޑާގައި މަދު ދުވަސްކޮޅެއްތެރޭގައި 800،000 އެއްހާ މީހުން މަރުވެގެންދިޔަ ގަތުލުއާންމުގެ ފަހަތުގައި އެގައުމުގެ އޭރުގެ ދިފާއީ ވަޒީރުގެ ގޮތުގައި ހުރެ އެންމެ އިސް ދައުރެއް އަދާކުރި އެކަކު ކަމަށް ވަނީ ތުހުމަތުކުރެވިފަ އެވެ. ހޯދުނު ހަށިގަނޑަކީ ބިޒިމާނާގެ ހަށިގަނޑުކަން ކަށަވަރު ކުރުމަށް ކުރެވުނު ޑީއެންއޭ ތަހުލީލުތަކުން ވަނީ އޭނާ މަރުވިތާ މިހާރު 20 ވަރަކަށް އަހަރު ފާއިތުވެފައިވާކަމަށް ހާމަވެފަ އެވެ. އ.ދ ގެ ޓްރައިބިއުނަލް އަކުން ބިޒިމާނާގެ މައްޗަށް 1998 ވަނަ އަހަރު 13 ދައުވާއެއް އުފުލާފައިވާއިރު މި ދައުވާތަކުގެ ތެރޭގައި ގަސްތުގައި މީހަކު މެރުން، ގަތުލުއާންމުގެ ދައުވާ، ރޭޕް އަދި ލާއިންސާނީ އަނިޔާ ކުރުމުގެ ދައުވާތަކެއްވެސް ހިމެނެ އެވެ. ބިޒިމާނާ އަކީ ރުވާންޑާގެ ގަތުލުއާންމުގެ ފަހަތުގައި ތިބި ފަރާތްތައް ހޯދުމަށް އ.ދ އިން ކަނޑައެޅި ލިސްޓުގެ އެންމެ ކުރީގައި އޮތް ނަމެވެ. "ބިޒިމާނާ އަކީ އެގައުމުގެ ކުރީގެ ބޮޑު ވަޒީރު އަގާތޭ އުވިލިންގިޔިމަނާ އަދި ބެލްޖިއަމްއަށް ނިސްބަތްވާ އ.ދގެ ސުލްހަ ބަލަހައްޓާ 10 ގާޑުންގެ އިތުރުން ޓުޓްސީ ދަރިކޮޅުގެ އެތައް ބަޔެއްގެ މަރުތަކުގައި ތުހުމަތު ކުރެވޭ މީހެއް" ބްރެމާޓްޒް ވިދާޅުވި އެވެ. ރުވާންޑާގައި 1994 ވަނަ އަހަރު ހިނގައިދިޔަ ހަމަނުޖެހުންތަކަކީ ހައްދުފަހަނަ އަޅާފައިވާ ހޫޓޫ ދަރިކޮޅުގެ ބައެއް މީހުން އެގައުމުގައި ދިރިއުޅެމުންދިޔަ ޓުޓްސީ ދަރިކޮޅުގެ މީހުންނާއި ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކާއި ދެކޮޅަށް ހިންގި ޖަރީމާތަކެކެވެ. ރުވާންޑާގައި 1994 ވަނަ އަހަރު ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ތެރެއިން. (ފޮޓޯ/އޭއެފްޕީ) މި ގަތުލުއާންމުގައި ބައިވެރިވި އިތުރު ހަ ފަރާތެއް ހޯދުމުގެ މަސައްކަތް އަދިވެސް އ.ދ އިން ކުރަމުންދާކަމަށް ބްރެމާޓްޒް ވަނީ ވިދާޅުވެ ފައެވެ. ހޯދަމުން ދާ ހަ މީހުންގެ ތެރޭގައި އެގައުމުގެ އޭރުގެ ރިޔާސީ ހަށިފާރަވެރިންތަކުގެ ތެރޭގައި ހިމެނޭ އެގައުމުގެ އަސްކަރިއްޔާގެ ކުރީ ކޮމާންޑަރެއްކަމުގައިވާ ޕްރޮޓައިސް ޕިރަންޔާވެސް ހިމެނެ އެވެ. ގަތުލުއާންމުގެ މައްސަލަ ބެލުމަށް ބައިނަލްއަގްވާމީ ޓްރައިބިއުނަލް އެއް އުފެއްދި އިރު ހަނގުރާމައިގެ އެކި ކުށްތަކަށް ތުހުމަތު ކުރެވުނު ގިނަ އަދަދެއްގެ ބައެއްގެ މައްސަލަ ބެލި އެ މީހުންގެ މައްޗަށް ވަނީ ކުށް ސާބިތުވެފަ އެވެ. އޭގެ އިތުރުންވެސް ގަތުލުއާންމުގައި ބައިވެރިވި އެތައް ހާސް ބައެއްގެ މައްސަލަ ވަނީ ރުވާންޑާގެ އާންމު ކޯޓުތަކުގައިވެސް ބެލިފަ އެވެ. ރުވާންޑާގެ ގަތުލުއާންމު ހިނގައި ދިޔައީ ކިހިނެތް؟ ގާތްގަނޑަކަށް 100 އެއްހާ ދުވަސް ނުވަތަ ތިން މަސް ތެރޭ 800،000 އެއްހާ މީހުން މަރުވެގެންދިޔަ ރުވާންޑާގެ ގަތުލުއާންމު ފެށިގެންދިޔައީ 1994 ވަނަ އަހަރުގެ އޭޕްރިލް 6 ވަނަ ދުވަހު އޭރުގެ ރައީސް ޖުވެނަލް ހަބްޔަރިމަނާ އަވަހާރަކޮށްލުމާ ގުޅިގެންނެވެ. އެގައުމުގައި 1990 އިން 1993 ވަނަ އަހަރަށް ހިނގަދިޔަ ދާޙިލީ ހަނގުރާމަ ނިންމުމަށް ކުރިޔަށް ދިޔަ ސުލްހައިގެ ވާހަކަތައް ރައީސް އަވަހާރަވުމާއިއެކު ހުއްޓި، ޓުޓްސީ ދަރިކޮޅުގެ މީހުން މަރަން ފެށުނީ މި ހިސާބުންނެވެ. ރުވާންޑާގައި 1994 ވަނަ އަހަރު ހިނގައދިޔަ ހަމަނުޖެހުންތަކުގެ ތެރެއިން. (ފޮޓޯ/އޭއެފްޕީ) ރައީސްގެ ހަބްޔަރިމަނާގެ މަރާއިއެކު ވެރިކަމަށް އައި ހުސްކަމުން ފެށުނު މި ގަތުލުއާންމަކީ ތާރީޙު ދިރާސާކުރާ ބައެއް ފަރާތްތަކުން ބުނާގޮތުގައި ރައީސް އަވަހާރަކޮށްލުމުގެ މާ ކުރިންވެސް ޓުޓްސީ ދަރިކޮޅާއި ދެކޮޅަށް ރޭވިފައި އޮތް ގަތުލުއާންމެކެވެ. ޓުޓްސީ ދަރިކޮޅަށް ނިސްބަތްވާ ބައެއް ފަރާތްތަކަކީ 1993-1990 ގެ ދާޙިލީ ހަނގުރާމައިގައި ހަނގުރާމަކުރި ބައެކެވެ. ރައީސް އަވަހާރަކޮށްލެވުނު ދުވަހާއި ޖެހިގެން އައި ދުވަހު އެގައުމުގެ ސިފައިން އަދި ފުލުހުންނަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ވަނީ ޓުޓްސީ ދަރިކޮޅުގެ އިސްވެރިން މަރަން ފަށައިފަ އެވެ. އަދި މީގެ އިތުރުންވެސް ހޫޓޫ ދަރިކޮޅަށް ނިސްބަތްވާ މެދުމިނުގެ ވިސްނުން ގެންގުޅުނު އެތައް ބަޔަކުވެސް ގަތުލުއާންމުގެ ތެރޭގައި ވަނީ މަރާލައިފަ އެވެ.
ރުވާންޑާގެ ގަތުލުއާންމުގައި އެންމެ އިސްކޮށް އުޅުނު އެކަކުގެ ހަށިގަނޑު ހޯދައިފި
ކޮރޯނާވައިރަސް، ކޮވިޑް-19 އަށް ރާއްޖެއިން މިފަހުން ޕޮޒިޓިވްވި މާބަނޑު މީހާގެ ސިޒޭރިއަންއެއް މިއަދު ހަދައި ދަރިފުޅު ނަގައިފި އެވެ. ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރޭ މާބަނޑު ދެ މީހަކު ހިމެނެ އެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި މިއަދު ޓްރީޓޮޕް ހޮސްޕިޓަލްގައި ސިޒޭރިއަން ހަދާފައި ވަނީ މިދިޔަ ހަފްތާގައި އައިޖީއެމްއެޗްގައި އެޑްމިޓްކޮށް، ހެދި ޓެސްޓުތަކުން ވައިރަހަށް ޕޮޒިޓިވްވި މާބަނޑު މީހާ އެވެ. އާއިލާގެ މެންބަރަކު "ސަން" އަށް މިއަދު ބުނީ ސިޒޭރިއަން ކާމިޔާބު ކަމަށާއި ދެމައިންގެ ހާލުވެސް ރަނގަޅު ކަމަށެވެ. ލިބުނީ ފިރިހެން ކުއްޖެކެވެ. އަންހެން މީހާގެ ސިޒޭރިއަން ހެދިއިރު، އެ މީހާގެ ގައިގާ ބަލި ހުރިކަން ކަށަވަރުކުރުމަށް ކޮވިޑްގެ ދެވަނަ ޓެސްޓެއް ކޮށްދިނުމަށް އާއިލާއިން އޮތީ އެޗްޕީއޭގައި އެދިފަ އެވެ. ނަމަވެސް އާއިލާގެ މެންބަރު ބުނީ ވިހޭއިރުވެސް އެ ޓެސްޓް ހަދައިދީފައެއް ނުވެ އެވެ. އެއީ ކަންބޮޑުވުމެއް ކަމަށް އާއިލާއިން ބުންޏެވެ. އޭނާ އެންމެ ފުރަތަމަ ވިހެއުމަށްޓަކައި އައިޖީއެމްއެޗަށް ގެނެސް އެޑްމިޓް ކުރީ މިމަހު ދެވަނަ ދުވަހު އެވެ. އަދި އޭނާ ޕޮޒިޓިވް ކަން އެނގުނީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ. ފަހުން އޭނާ ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ. އޭނާއާ ކޮންޓެކްޓްވި އެންމެން ވަނީ ވައިރަހަށް ނެގެޓިވްވެފަ އެވެ. އޭގެ ތެރޭގައި އޭނާ އަށް ފަރުވާ ދިން އައިޖީއެމްޗްގެ ނަރުހުންނާއި ޑޮކްޓަރުންވެސް ހިމެނެ އެވެ. އަންހެން މީހާގެ ޓެސްޓުގެ ނަތީޖާއާ މެދު އާއިލާއިން ޝައްކު ކުރަނީ ވެސް އޭނާއާ ކޮންޓެކްޓުވި އެންމެން ނެގެޓިވްވެފައި ވާތީ އެވެ. މިކަމާ ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ސުވާލު ކުރުމުން އެޗްޕީއޭގެ އެޕިޑޮމިލޮޖިސްޓް ޑރ. އިބްރާޙިމް އަފްޒަލް ވިދާޅުވީ، އެ އަންހެން މީހާގެ ނަތީޖާ އަކީ "ފޯލްސް ޕޮޒިޓިވް" ނޫނީ އޮޅިފައިވާ ނަތީޖާއެއް ކަމަށް ނުބެލެވޭ ކަމަށެވެ. ރާއްޖެއިން މިހާތަނަށް ވައިރަހަށް ޕޮޒިޓިވް މީހުންގެ އަދަދު ވަނީ 900 އަށް ވުރެ މައްޗަށް އަރާފަ އެވެ.
ކޮވިޑް ޖެހުނު މާބަނޑު މީހާގެ ސިޒޭރިއަން ހަދައި ދަރިފުޅު ނަގައިފި
ގޭތެރެއަށް އަޅައިލި ފުރަތަމަ ފިޔަވަޅާ އެކު، މިޝަލްގެ ހިތް ހީވީ، ހުއްޓުނު ހެންނެވެ. ނަޒުރާނާ ބަލި ގޮތަކަށް ކެއްސަނީއެވެ. ހީވަނީ، ދެންމެދެންމެ ނޭވާ އުފުރިދާނޭ ހެންނެވެ. މިޝަލްގެ ދެލޯ ކަރުނުން ފުރުނެވެ. އޭނަ ސާމީއަށް ބަލައިލުމުން، ބޯ ޖަހައިލިއެވެ. ކައިރިއަށް ދިޔުމަށް އެދުނެވެ. ލަސްލަހުން ފިޔަވަޅު ނަގަމުން ގޮސް، މަންމަގެ ކައިރީގައި އޭނަ ހުއްޓުނެވެ. ******** ނަޒުރާނާގެ ނަޒަރު، މިޝަލްގެ ފައިން ފެށިގެން މޫނާއި ހަމައަށް ދަތުރު ކޮށްލިއެވެ. އޭނަ ތެދުވެ، ސޯފާގައި އިށީނެވެ. އަނެއްކާ ވެސް، ދެލޯ ހަނިކޮށްލަމުން، މިޝަލްގެ މޫނަށް ބަލައިލިއެވެ. ކާކުކަން ނޭނގުމުންނެވެ. އުމުރުން ދުވަސްވުމުގެ ސަބަބުން، ނަޒުރާނާގެ ދެލޮލުގެ ފެނުން ވަނީ، ބަލިކަށިވެފައެވެ. އައިނުގެ އެހީ އަކާއި ނުލައި، ތަންތަން ރަނގަޅަށް ވަކިކުރާކަށް ނޭނގެއެވެ. "މަންމާ!..." މިޝަލްގެ އަޑު ކުރެހުނެވެ. އޭނައަށް އިތުރު އެއްޗެއް ނުބުނެވުނެވެ. އިވުނީ، ނަޒުރާނާ ރޮއެގަނެފައި، އޭނަގެ ނަމުން ގޮވާލި އަޑެވެ. ދަރިފުޅުގެ ބާރުގަދަ ދެ އަތުގެ މުލައްދަނޑީގައި ހިފައިގެން ނަޒުރާނާ ތެދުވިއެވެ. އެތައް ދުވަހަކަށްފަހު، ލޯބިވާ ދަރިފުޅާއި ބައްދަލުވުމުން، އޭނަގެ ޒަހަމުވެފައިވާ ހިތަށް ފަރުވާ ލިބުނު ކަހަލައެވެ. މަޔަކާއި ދަރިއަކު ހޭދަ ކުރަމުންދިޔަ، ލޯބިން ފުރިގެންވީ މަންޒަރު ބަލަން، ޒެންހާ ހުރީ، ފެންކަޅި ވެފައެވެ. ދެމައިން ބައްދަލުވުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރެވުނީތީ، އޭނަ ފަޚުރުވެރި ވިއެވެ. ސާމީ އޭނާގެ އަންހެނުން މާރިޔާއަށް ލޮލުގެ އިޝާރާތުން ޒެންހާ ދައްކައިލިއެވެ. އޭނަ އެދުނީ، ޒެންހާ އެކަނިވިޔަ ނުދިނުމަށެވެ. ސާމީ ބުނި އެއްޗެއް ވިސްނުމުން، މާރިޔާ އަވަހަށް ޒެންހާގެ ކައިރިއަށް ޖެހިލައިފިއެވެ. ޒެންހާ ބަލައިލުމުން، އޭނަ ހިނިތުންވެލީ، ގާތް ގޮތަކަށެވެ. "ތޭންކް ޔޫ..." މާރިޔާ ވާހަކަ ދެއްކީ، ހަމައެކަނި ޒެންހާއަށް އިވޭ ވަރަށެވެ. ޒެންހާ ދެބުމަ އުފުލައިލިއެވެ. ކޮންކަމަކާއިތޯ ސުވާލު ކޮށްލުމުގެ ގޮތުންނެވެ. "މިޝަލް ގެނެސްދިނީމަ... ދަރިއެއްގެ އިންތިޒާރުގަ ބޮޑުދައިތަގެ އުމުރު އެ ހުސްވީ..." މާއިރާ ފެންކަޅިވެފައިވާ ދެލޮލުން ނަޒުރާނާއަށް ބަލައިލަމުން، ބުންޏެވެ. ޒެންހާ ހުރިކަން އެނގުމާއިއެކު، ނަޒުރާނާގެ މޫނުމަތިން އިހުނަށްވުރެ ބޮޑަށް އުފާވެރިކަން ފެނިގެން ދިޔައެވެ. ދަރިފުޅަށް އެވަރުގެ ބަދަލެއް އައީ، އެ އަންހެން ކުއްޖާގެ ސަބަބުން ކަމުގައި އޭނަ ޤަބޫލު ކުރިއެވެ. ******** "އީމާ!... އާދޭސްކޮށްފަ ބުނަން... އިހަށް އަހަންނާ އެކު ހިނގާ..." މިޔާހް ވާހަކަ ދެއްކީ، މަޑުމައިތިރި ރާގަކަށެވެ. ވަށައިގެންވި މާހައުލަށް ނަޒަރު ހިންގައިލި އީމާއަށް އިސްޖަހައިލަން މަޖުބޫރު ވިއެވެ. ވަށައިގެން އެއްވެފައިވާ މީހުންގެ ނަޒަރު އަމާޒުވެފައިވީ، އޭނަ އަށެވެ. އެމީހުންގެ ނަޒަރުން ސަލާމަތް ވާން އޭނަ ބޭނުން ވިއެވެ. މިޔާހްގެ އެހީގައި އީމާ ތެދުވިއެވެ. އޭނަ ކުރިއަށް ހިނގައިގަންނަމުން، ފަސްއެނބުރި ގެއާއި ދިމާއަށް ބަލައިލިއެވެ. ހިތްދަތިކަމުން ފުރިގެންވީ މަންޒަރެކެވެ. އުޅެ ބޮޑުވި ގެއާއި އަބަދުގެ އަބަދަށް ވަކިވެގެން ދާންޖެހޭ ހެން އޭނައަށް ހީވަނީ އެވެ. އެކަމަކު، އެއީ އޭނަގެ ބައްޕަގެ ގެއެވެ. އެ ގޭގައި ވަނީ، އޭނަގެ ބައްޕަގެ އެތައް ހަނދާން ތަކެކެވެ. ދޫކޮށްލާފައި ދާން ފަސޭހަ ވާނީ ކިހިނަކުން ހެއްޔެވެ؟ ޖެހިލި ވައިރޯޅިއެއްހާ ހަލުވި މިނުގައި މުޅި ރަށަށް އީމާގެ ޚަބަރު ފެެތުރިގެން ދިޔައެވެ. ތުންތުން މަތީން ފެތުރުނު ވާހައިގެ އަޑު، އީމާގެ އަވަށްޓެރި އައިމިނަގެ ކަންފަތާއި ހަމައަށް ފޯރައިފިއެވެ. އެ ޚަބަރު ލިބިގެން، އައިމިނަ އައީ، ދުވެފައެވެ. އީމާއަކީ އޭނައަށް އުފަން ދަރިއެއްފަދަ ކުއްޖެކެވެ. އީމާ ގެންގޮސް އެގޭގެ ކޮޓަރިއަކަށް ލާފައި އޭނަ ނުކުތްއިރު، މެދުގޭ ތެރޭގައި މިޔާހް އިނެވެ. މިޔާހްއަށް ބަލަހައްޓައިގެން އައިމިނަ އިރުކޮޅަކު ހުއްޓެވެ. އޭނަ ގޮސް ބަދިގެއަށް ވަދެފައި އައީ ހޫނު ކޮފީ ތައްޓެއް ހިފައިގެންނެވެ. "އެކޮއެ!... އަވަހަށް އެ މަންޖެ އާ އިނދެގެން، މިތަނުން ގެންދެވޭތޯ ބަލާ... އެއީ މީހަކު އުޅެން ހެޔޮވާ ވަރުގެ ތަނެއް ނޫން..." ކޮފީތަށި މިޔާހްގެ އަތަށް ލައިދެމުން އައިމިނަ ވާހަކަ ދެއްކިއެވެ. ކޮފީތަށީގައި ހިފަމުން، މިޔާހް ހަދިޔާކޮށްލީ ލުއި ހިނިތުންވުމެކެވެ. އޭނަ ސުވާލު އުފެދިފައި އައިމިނަގެ މޫނަށް، ބަލައިލިއެވެ. "ދައްތައަށް އެނގޭތަ ކީއްވެކަން، އީމާގެ މަންމަ އެހެން އެ ކަންތައް ކުރަނީ؟..." ކޮފީ ތަށިން އެތިފޮދެއް ބޯލަމުން މިޔާހް ސުވާލު ކުރިއެވެ. "ދަރިފުޅާ!... ތި ވާހަކަ ދެއްކުމެއް ނެތް..." އައިމިނަ ދެފަރާތަށް ބޯ ހޫރާލިއެވެ. އޭނަ ފަސްއެނބުރި އީމާ އޮތް ކޮޓަރި އާއި ދިމާއަށް ބަލައިލިއެވެ. އެއަށްފަހު، މިޔާހް އާއި ވީހާ ވެސް ބޮޑަށް ކައިރިއަށް ޖެހިލައިފިއެވެ. "އެއީ ކުރިން ވަރަށް ރީތި އަންހެނެއް... އީމާ ލިބުނުފަހުން، ފަލަވިގޮތަށް ނުހިކުނީޔޯ... ހަކުރު މައްޗަށް ގޮއްސި، ދެން އެކިޔާ ޗޮލެސްޓަރޯލް އެއްތޯ އެއްޗެއް ވެސް ހުރީ އަތް ނުފޯރާ ފަށުގަޔޯ.... އަނެއްކާ، އެ އެކަންޏެއް ނޫނޭ... ލޭ ވެސް ހުރީ ކިރިޔާ ހާޓިޓޭކެއް ނުޖެހޭ ހިސާބަށް ގޮއްސަޔޯ..." ދެލޯ ބޮޑުކޮށްލަމުން އައިމިނަ ބުންޏެވެ. އައިމިނަ ބުނި އެއްޗެއް އަޑު އިވިފައި، މިޔާހްގެ ހިނިގަނޑު ފަޅައިގެން ދާން އުޅުނެވެ. އޭނަ ދެ ތުންފަތް ފިތައިލަމުން، ހިނިގަނޑު ހިންދައިލެވޭތޯ މަސައްކަތް ކުރިއެވެ. ގޭތެރެއަށް އައިސް ވަން އަންހެން ކުއްޖާގެ ފިޔަވަޅުތައް ހުއްޓިއްޖެއެވެ. އޭނަ މޫނަށް ވައްތަރެއް ޖައްސައިލަމުން، އައިމިނަ އާއި ދިމާއަށް ބަލައިލިއެވެ. "މަންމާ!... ނޭނގޭ އެއްޗެހި ނުކިޔަބަލަ..." އަންހެން ކުއްޖާ ހިތްހަމަނުޖެހިފައި ބުންޏެވެ. އޭނަ މަޑުވެސް ކޮށްލުމެއްނެތި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. "ދައްތަގެ ދަރިފުޅު އެއީ... މީހުންގެ ވާހަކަ ދައްކަންޏާ، ވަރަށް ހިތްހަމަނުޖެހޭނެ..." އައިމިނަ ޖަހައިލީ، ހިނިގަނޑެކެވެ. "ދައްތަ އަކަށްވާ ނޭނގެ... ދައްތައަށް އެނގޭ އެއްޗަކީ، ފާތުމައަށް އެވީ އެއްވެސް ކަމެއްގަ، އީމާގެ ކުށެއް ނެތްކަން... އަމިއްލަ ހަށިގަނޑަށް އައި ބަދަލުގެ ރުޅި، އެ ކުއްޖާފުޅަށް އެ ބާލައިލަނީ... އީމާގެ ބައްޕަ ދުނިޔެ ދޫކުރުން އެއީ އެ މަންޖެގެ ބަދުނަސީބު... މީހުން ބުނާތީ އެހިން، އީމާގެ ބައްޕަ ދުނިޔެ ދޫކުރީ ވެސް އެ ފާތުމަގެ ޒީލަޔަށް ކެތް ނުވެގެންނޭ..." އައިމިނަ އޭނަގެ ވާހަކައަށް ބައެއް އިތުރު ކޮށްލިއެވެ. އެނގުނު ހަޤީޤަތްތަކެއްގެ ސަބަބުން މިޔާހްގެ ހިތް ނުތަނަވަސް ކުރުވިއެވެ. އީމާގެ ދިރިއުޅުން އެވަނީ، އޭނައަށް އިހުސާސު ވެސް ނުކުރެވޭހާ ފުން ހިތާމައެއްގެ ތެރޭގައެވެ. ******** ނަޒުރާނާ ކުރުނުކޮށް ކިޔަން ފެށުމުން، އެރޭ އެގޭގައި މަޑުކުރަން ޒެންހާ އެއްބަސް ވިއެވެ. މިޝަލްއަށް ވެސް ޖެހުނީ، އެގޮތާއި އެއްބަސް ވާށެވެ. ދެ މީހުންނަށް ބޭނުންވާނޭ އަންނައުނު ދިނީ، މާރިޔާ އާއި ސާމީ އެވެ. ނިދާނޭ ތަން ތައްޔާރު ކުރުމުގައި ނަޒުރާނާ އަވަދިނެތި އުޅުނެވެ. އެ މަސައްކަތުގައި ބައިވެރިވާން ޒެންހާ ދިޔުމުން ވެސް، ނަޒުރާނާ އެ ފުރުސަތެއް ނުދިނެވެ. ސިޓިންގްރޫމް ސޯފާގައި ޒެންހާ އިނެވެ. ގޭގެ އެކި ތަންތަނަށް އޭނަ ބަލަމުން ދިޔައެވެ. ފާރުގައި ހަރުކޮށްފައިވާ ތަސްވީރުތަކަށް ނަޒަރު ހުއްޓުމާއިއެކު އޭނަ ތެދުވިއެވެ. ގިނައީ، މިޝަލްގެ ކުޑައިރުގެ ތަސްވީރު ތަކެވެ. މާރިޔާ އައީ ޒެންހާ އެހެން ހުއްޓައެވެ. އެކި ވާހަކަތައް ދައްކަމުން ގޮސް، މިޝަލްގެ ބައްޕަ މަރުވި ދުވަހުގެ ވާހަކަ ވެސް އޭނަ ކިޔައި ދިނެވެ. އެދުވަހުގެ ފަހުން، މިޝަލްއަށް ނަފުސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރި ވާހަކަ ބުނުމުން، ޒެންހާގެ ހިތް ހަމްދަރުދީ އިން ފުރިގެން އައެވެ. "މިހާރު ހީވޭ މިޝަލް ވަރަށް ބޮޑަށް ރަނގަޅު ހެން... އޭރު މީހަކަށް ކިރިޔާ ކަމެއް ވިޔަސް، ރޯން ފަށާގޮތަށް، ފިޓް ޖެހޭނެ... ދެތިން ދުވަސް ވާއިރު ވެސް ހުންގަނޑު މައިތިރިއެއް ނުވާނެ... ވަރަށް ދެރަވާނެ މީހަކު ބަލިވެއްޖެއްޔާ..." މާޒީގެ ދުވަސްތަކުގެ ހަނދާން އާ ކޮށްލަމުން، މާރިޔާ ވާހަކަ ދެއްކިއެވެ. ******** ޝުކޫރު ދުވެފައި ގޮސް ނަހީރާގެ ގޭ ދޮރުގައި ތަޅައިގަތެވެ. ތަޅު ހުޅުވަން އުޅެއުޅެ އެކަމެއް ނުވިއެވެ. އެތެރެއިން އިވެމުންދިޔަ ނަހީރާގެ ރުއިމުގެ އަޑުން، ޝުކޫރުގެ ހިތް ތެޅެމުން ދިޔައީ، އޮބި ނޯންނަ ވަރަށެވެ. ދޮރު ވައްޓާލާފައި އެތެރެއަށް ވަންނަން ވެސް އޭނަގެ ހިތަށް އެރިއެވެ. ކުއްލިއަކަށް އަޑު ކެނޑި، ތަން ހިމޭން ވެއްޖެއެވެ. ދެން އިވުނީ، ބިއްލޫރިގަނޑެއް ތަޅައިގެން ދިޔަ އަޑެވެ. ޝުކޫރުގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. އޭނަގެ ނޭވާ ވެސް އެތެރެހަށީގައި ތާށި ވިއެވެ. ދޮރު ހުޅުވާލާފައި ބޭރަށް ނުކުތް އުގެއިލްގެ މޫނުމަތީގައި ވަނީ ނުރައްކާތެރި ވިދުވަރެކެވެ. ދޮރުމަތީގައި ހުރި ޝުކޫރު ކޮއްޕައިލާފައި އޭނަ އެތަނުން ދިޔައެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޭތެރެއަށް ވަން ޝުކޫރުގެ ދެފައި ހީވީ، ބިމުގައި ތަތްލީ ހެންނެވެ. ފެނުނު މަންޒަރަކުން އޭނަގެ ހިތް ހުއްޓިއްޖެއެވެ. ތަޅުންގަނޑުގެ މަތީގައި ނަހީރާ އެއޮތީ، ލެޔާއި ތަތްތެޅިފައެވެ. މުޅި އެ ހަށިގަނޑަށް ބިއްލޫރި ހެރިފައިވާއިރު، އެއްވެސް ހަރަކާތެއް ނެތެވެ. ގަބުވެފައި ހުރި ޝުކޫރަށް ހަމަހޭވެރިކަން ވުމާއިއެކު ނަހީރާގެ ކައިރިއަށް ދިޔައީ، ދުވެފައެެވެ. އެ ނަމުން ބާރަށް ގޮވާލަމުންނެވެ. ނަހީރާގެ ކައިރީގައި ކުޑަކަކޫ މައްޗަށް ވާހެން އިށީން ޝުކޫރުގެ ދެފަޔަށް ބިއްލޫރިތައް ވަދެގެން ދިޔައެވެ. އެއިން ކަމަކަށް ވެސް އޭނަގެ ފަރުވާލެއް ނެތެވެ. އޭނަ މަސައްކަތް ކުރަމުން ދިޔައީ، ނަހީރާގެ ހަށިގަނޑަށް ހެރިފައިވާ ބިއްލޫރިތައް ނެގޭތޯއެވެ. އަމިއްލަ ނަފުސަށްވުރެ ބޮޑަށް އޭނައަށް ނަހީރާގެ ފުރާނަ މުހިއްމު ވިއެވެ. ކުއްލިއަކަށް ފެނުނީ، އެތެރެއަށް ވަދެގެން އައި ފުލުހުން ތަކެކެވެ. އެމީހުން އައިގޮތަށް ޝުކޫރުގެ ދެ އަތުގައި ބިޑި އެޅުވިއެވެ. ޝުކޫރަކަށް އެއްވެސް ވާހަކައެއް ނުދެއްކުނެވެ. އެ ދެލޮލުން އޮހެމުންދިޔަ ކަރުނަތަކުން ދެ ކޯތާފަތް ވަނީ، ތެންމާލާފައެވެ. ނަހީރާގެ ނަން ފިޔަވައި އިތުރު އެއްޗެއް، އެ ދުލަކުން ބޭރެއް ނުވިއެވެ. އޭނަ ގަދަހަދާފައި މަސައްކަތް ކުރަމުން ދިޔައީ، ނަހީރާގެ ކައިރިއަށް ދިޔުމަށެވެ. ޝުކޫރު ގެންގޮސް ފުލުހުންގެ ވެހިކަލަށް އެރުވިއެވެ. ބޮލުގައި އެޅިފައިވާ އިލްޒާމާއިމެދު ވިސްނާލާނޭ ހިތްވަރެއް، އެވަގުތު އޭނަގެ ގަޔަކު ނެތެވެ. އޭނަ ހުރީ، ފާޑަކަށް ގަބުވެފައެވެ. އެ ހަށިގަނޑުގައި އެއްވެސް ވަރެއް ވެސް ނެތެވެ. ޝުކޫރު އަރުވައިގެން ވެހިކަލް ނައްޓާލުމާއިއެކު، ގޭގެ އަނެއް ފަރާތުގައި ފިލާ ހުރި އުގެއިލް ނުކުތެވެ. އެ ތުންފަތް މަތީގައި ވަނީ، ވިހަ ހިނިތުންވުމެކެވެ. އޭނަގެ މަޤުސަދު އެ ހާސިލުވީ ހީވެސް ނުކުރާހައި ފަސޭހައިންނެވެ. ******** ނިދުމުގެ ވަގުތު އައިސް ޖެހުނުއިރު، ޒެންހާ ހާސްވަމުން ދިޔައީ މާ ވަރަކަށެވެ. ކޮޓަރިއެއްގެ ތެރެއިން ޕާޓްޝަން އެއް ޖަހައި ބައިކޮށްފައި ވަނީ، ހަމައެކަނި ގޮދަޑިއެއް ބާއްވާފައިވާ ކުޑަ ތަންކޮޅެއްގައެވެ. މުށިތަކުގެ މަތީގައި ގޮދަޑި އަޅާފައިވާއިރު، އެ ގޮދަޑީގެ ކުޑަ ކަމުން ވެސް، ޒެންހާއަށް ހިތާއި ހިތައި ޝަކުވާ ކުރެވެމުން ދިޔައެވެ. ޒެންހާ އުޅުނީ، އެއްޗެހި ބަދަލު ކުރާށެވެ. މިޝަލް ހުރީ، ބޭރުގައި މަޑުކޮށްލައިގެންނެވެ. ކުއްލިއަކަށް އިވުނީ، ޒެންހާ ހަޅޭއްލަވައިގަތް އަޑެވެ. މިޝަލް ހާސް ވިއެވެ. އޭނަ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. ގޮދަޑި މަތީގައި ދެފައިގެ ކޮޅު ޖައްސައިގެން ޒެންހާ ދުވަނީއެވެ. އޭނަ ލައިގެން އުޅުނު ހެދުން އޮތީ، މާދުރަށް އެއްލާލާފައެވެ. ނިދަން ލާން އުޅުނު ޓީޝާޓް މޭގައި ޖައްސާލައިގެން ހުރިއިރު، އެ ނަޒަރު ހުއްޓެމުން ދިޔައީ، ސީލިންގަށެވެ. ހާމައަށް ފެންނަމުންދިޔަ ޒެންހާގެ ހަށިގަނޑުން ނަޒަރު ވަކިކޮށްލަން ވެސް ނޭނގިފައި މިޝަލްއަށް އިރުކޮޅަކު ހުރެވުނެވެ. ކުއްލިއަކަށް ޒެންހާ އައިސް އޭނަގެ ގައިގައި ހިފައިގަތުމުން، ދެމީހުން އެކުގައި ގޮދަޑި މައްޗަށް ވެއްޓިއްޖެއެވެ. ******** ދޮރުމަތިން މީހަކު ސަލާން ގޮވާ އަޑު އިވިގެން، އައިމިނަ ނުކުތެވެ. ދެ އުކުޅުގައި އަތް ވިދެލައިގެން ދޮރުމަތީގައި ހުރި ފާތުމަ ފެނުމާއިއެކު، އައިމިނަގެ މޫނުމަތިން ފެނުނީ، ނުރުހުމުގެ އަސަރެވެ. "މިގެއަށް އަންނާނެ ކަމެއް ނެތް..." އައިމިނަ ނުރުހިފައި ބުންްޏެވެ. "އަހަރެން މިއައީ އަަހަރެންގެ ދަރިފުޅު ބަލައޭ... އީމާ!... ދަރިފުޅާ އީމާ!..." ގޭތެރެއަށް ބޯ ދިއްކޮށްލަމުން ފާތުމަ ގޮވަން ފެށިއެވެ. ނިދިޖެހެމުންދިޔަ އީމާއަށް ފާތުމަގެ އަޑު އިވުމުން، އަވަހަށް ތެދުވިއެވެ. އޭރު އެ ހަށިގަނޑުގައި ކޮންމެވެސް ވަރަކަށް ވަރު ޖެހިލައިފިއެވެ. އޭނަ ބޭރަށް ނުކުތްއިރު، މިޔާހް ވެސް އޭނަ އުޅުނު ކޮޓަރިން ނުކުމެގެން، ދޮރާއި ދިމާއަށް ދެއެވެ. "ދެކުދިން ވެސް އެބަ އުޅެން ދޯ... ހިނގާ ގެއަށް... މަންމަ މިއައީ ދަރިފުޅުމެން ބަލައޭ..." އައިމިނަގެ ނުރުހުމުގައި ގޭތެރެއަށް ވަދެގަންނަމުން ފާތުމަ ބުންޏެވެ. އޭނަ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އީމާގެ އަތުގައި ހިފިއެވެ. އަނެއް އަތުން މިޔާހްގެ އަތުގައި ހިފައިގެން އެގެއިން ނުކުތުމަށް ހިނގައިގަަތެވެ. ވިސްނަންވީ ކިހިނެތް ކަމެއް ވެސް ނޭނގިފައި، އީމާއަށް މިޔާހްގެ މޫނަށް ބަލައިލެވުނެވެ. ކުއްލިއަކަށް ފާތުމައަށް އެވަރުގެ ބަދަލެއް އައުމުން، ދެ މީހުންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ، ހައިރާން ކަމެވެ. އެކަކަށް ވެސް ގަދަ ހަދާކަށް ނުކެރުނެވެ. އައިމިނަ އެކަން ހުއްޓުވަން އުޅުމުން ވެސް، އީމާ އޭނާގެ ލޮލުގެ އިޝާރާތުން އެއްޗެއް ނުބުނުމަށް އެދުނެވެ. ފާތުމަ ގޮސް ވަނީ، އޭނަގެ ގެއަށެވެ. ސިޓިންގްރޫމު ސޯފާގައި އިން މައުސޫމާ ފެނި، މިޔާހްގެ ދެލޯ ބޮޑުވިއެވެ. އީމާއަށް ވެސް ވީ އެވަރެވެ. މައުސޫމާ ތެދުވެގެން އައިސް އީމާގެ އަތުގައި ހިފައިލިއެވެ. އެ ތުންފަތް މަތީގައިވީ، ފުޅާ ހިނިތުންވުމެކެވެ. އީމާ ގެންގޮސް ސޯފާގައި ބައިންދާފައި، އޭނަ ފެށީ، އީމާގެ ބުރަކަށީގައި ފިރުމާށެވެ. (ނުނިމޭ)
އިންތިހާއަށް ލޯބިވީމޭ... 29
މޯލްޑިވް ގޭހުން ފޯރުކޮށްދޭ ހިދުމަތްތަކަށް ނަގުދު ފައިސާ ބަލައިގަތުން ހުއްޓާލައިފި އެވެ. މޯލްޑިވް ގޭސްގެ ފޭސްބުކް ޕޭޖުގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ މިއީ ކޮވިޑް19އާ ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއް ކަމަށެވެ. މި ނިންމުމާ އެކު މިއަދުން ފެށިގެން އެކުންފުނީގެ ހިދުމަތްތަކަށް ފައިސާ ބަލައިގަތުން ވަނީ 100 ޕަސެންޓު ކޭޝްލެސްކޮށްފަ އެވެ. އަދި އޮންލައިންކޮށް ފައިސާ ބަލައިގަތުމަށް އެކުންފުނިން ވަނީ ދެ ގޮތެއް ހަމަޖައްސައިދީފަ އެވެ. ފުރަތަމަ ގޮތަކީ މޯލްޑިވް ގޭހުގެ ވެބްސައިޓުން އޯޑަރު ކުރުމަށް ފަހު ވެބްސައިޓުން ފައިސާ ދެއްކުމެވެ. ދެ ވަނަ ގޮތަކީ މޯލްޑިވް ގޭސްގެ ހޮޓްލައިން ނަންބަރު 1616އަށް ގުޅުއިގެން އޯޑަރު ކުރުމަށް ފަހު އެކުންފުނީގެ ބީއެމްއެލް އެކައުންޓަށް (770426484001) ފައިސާ ޓްރާންސްފާ ކުރުމެވެ. ހޮޓްލައިން ނަންބަރަށް ގުޅައިގެން ކުރާ އޯޑަރުތައް ޕްރޮސެސް ކުރަން ފަށާނީ މޯލްޑިވް ގޭހުގެ 7021616 ނަންބަރަށް ފައިސާ ޓްރާންސްފާ ކުރި ސްލިޕް ވައިބާ ކުރުމުންނެވެ. ނަގުދު ފައިސާ ބަލައިގަތުން ހުއްޓާލި ނަމަވެސް މޯލްޑިވް ގޭހުގެ އައުޓްލެޓަށް ގޮސްގެން ވެސް އޯޑަރު ކުރެވޭނެ ކަމަށް އެކުންފުނިން ބުނެ އެވެ. އައުޓްލެޓަށް ޒިޔާރަތްކުރާ ކަސްޓަމަރުންނަށް ހިދުމަތްދޭ ގަޑިތަކަކީ މެންދުރު ފަހު 3:30 އިން ހަވީރު 5:30 އަށް އަދި ރޭގަނޑު 10:30 އިން 12:30އާ ހަމައަށެވެ.
މޯލްޑިވް ގޭހުގެ ހިދުމަތްތަކަށް ނަގުދު ފައިސާ ބަލައިގަތުން ހުއްޓާލައިފި
ފުލުހުންގެ ފޮރެންސިކްސް ޑިޕާޓްމެންޓުގެ ޓީމެއް ކޮވިޑް-19އަށް ޓެސްޓު ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ. މިއަދު ކުރެއްވި ޓްވީޓެއްގައި ސީޕީ ވިދާޅުވީ، ކޮވިޑް-19އަށް ޕީސީއާރް ޓެސްޓު ކުރުމުގެ މަސައްކަތުގައި ފުލުހުންގެ ފޮރެންސިކްސްގެ 12 އެނަލިސްޓިކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެ އިތުރުން، ކޮވިޑް-19އަށް ޓެސްޓު ކުރުމުގެ ކަންކަން އިތުރަށް ވަރުގަދަ ކުރަން ފުލުހުންގެ ފޮރެންސިކްސްއިން އޭޑީކޭ ހޮސްޕިޓަލުގެ ހަތަރު ލެބް ޓެކްނީޝަނުން ތަމްރީނު ކުރަމުންދާކަންވެސް ސީޕީ ހާމަ ކުރެއްވި އެވެ. ކޮވިޑް-19އަށް ޓެސްޓު ކުރުމުގެ މަސައްކަތުގައި ފުލުހުން ހަރަކާތްތެރިވާއިރު، ފުލުހުން ދަނީ ފްރޮންޓްލައިންގައި އެހެނިހެން މަސައްކަތްތައްވެސް ކުރަމުންނެވެ. އޭގެ ތެރޭގައި މަގުމަތި ބެލެހެއްޓުމާއި ބިދޭސީން ދިރިއުޅޭ ތަންތަން ބެލެހެއްޓުން ހިމެނެ އެވެ. އިއްޔެ ސީޕީ ހަމީދު ހާމަކުރެއްވި ގޮތުގައި މިހާތަނަށް 23 ފުލުހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވެއެވެ. އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑް-19އަށް ޓެސްޓު ކުރުމުގައި ފުލުހުންގެ ފޮރެންސިކްސްގެ ޓީމެއް
މިއަހަރުގެ ރޯދަމަހަށް ހާއްސަކޮށްގެން ސަން އޮންލައިން އިން ގެނެސްދިން ސެގްމެންޓްތަކުގެ ތެރެއިން ސަންބަދިގޭ ފަހު އެޕިސޯޑާއި ހިސާބަށް އާދެވުނީ އެވެ. ތަފާތު ފަސް ކެއްކުންތެރިންގެ މީރު ރަހަތަކާއި ހުނަރު ފެނިގެންދިޔަ މި ސެގްމެންޓަށް ކިޔުންތެރިންގެ ފަރާތުން ލިބުނު ތަރުޙީބާއި ލޯތްބަށް ފަށްފަށުން ޝުކުރު އަދާކުރަމެވެ. ފަހު ރެސިޕީވެސް އަހަރެމެންނާ ހިއްސާކޮށްލީ މަޝްހޫރު ފުޑް ބްލޮގަރު، އެލީޝާ އިސްމާއިލް (ނޮނާ)އެވެ. ޝެފްގޭމްސްޓްރޯންގް ގެ ރަހަތަކުގެ ޖާދޫގައި އަހަރެމެން އެންމެންވަނީ ނިކަން ރަނގަޅަށް ޖައްސާފަ އެވެ. މިފަހަރު ނޮނާ ހިއްސާކޮށްލީ ބަނާނާ ބްރެޑެއް ތައްޔާރުކޮށްލާނެ ގޮތެވެ. ތިހީވީ ރަނގަޅަށެވެ. މިއީ އާދައިގެ ބަނާނާ ބްރެޑެއް ނޫނެވެ. ޓްވިސްޓަކާއެކު "ސިނަމަން ސްވާލް ބަނާނާ ބްރެޑް" ތައްޔާރުކުރާނެގޮތް ނޮނާ ވަރަށް ފުރިހަމައަށް ވަނީ ކިޔާދީފަ އެވެ. ކިޔާލާ ބަލައިލާށެވެ. ބޭނުންވާތަކެތި: ބަނާނާ ބްރެޑް ފުށްގަނޑު ތައްޔާރުކުރުމަށް 1 1/3 ޖޯޑު އޯލް ޕާރޕަސް ފްލަރ 1 ސައިސަމުސާ ބޭކިން ސޮޑާ 1 ސައިސަމުސާ ލޮނު 1/2 ޖޯޑު ބަޓަރ (މެލްޓްކޮށްފައި) 2 ބިސް 1/4 ޖޯޑު ގްރެނިއުލޭޓަޑް ވައިޓް ޝުގަރ 1/4 ޖޯޑު ބްރައުން ޝުގަރ 1/2 ޖޯޑު ޔޯގަޓް 1 މޭޒުމަތީ ސަމުސާ ފޮނިތޮށި (މުގުރާފަ) 1/4 ސައިސަމުސާ ނަޓްމެގް 1 މޭޒުމަތީ ސަމުސާ ވެނީލާ އެކްސްޓްރެކްޓް (ވެނީލާ އެސެންސް) 3 ދޮންކެޔޮ (ރަނގަޅަށް ދޮންވެފައި އަދި މޭޝް ނުވަތަ ޗަސްކޮށްފައި) 1/2 ޖޯޑު ޗޮކުލެޓް ޗިޕްސް ސިނަމަން ސުވާލް ހެދުމަށް 1/2 ޖޯޑު ބަޓަރ (މަޑުކޮށްފަ) 1/2 ޖޯޑު ބްރައުން ޝުގަރ 2 މޭޒުމަތީ ސަމުސާ ފޮނިތޮށި (މުގުރާފަ) ތައްޔާރުކުރާނެގޮތް: ފުރަތަމަ ބޭކިންގ ޓްރޭ ރަނގަޅަށް ގްރީސް ކޮށްލާށެވެ. ބަޓަރކޮޅެއް ނޫނީ ތެޔޮފޮދެއް ހާކާލިޔަސް ރަނގަޅުވާނެ އެވެ. އެއަށްފަހު ބޯތައްޓެއްގައި 1 1/3 ޖޯޑު ފުށް އަދި ސައިސަމުސަލެއްގެ ބޭކިންގ ސޮޑާ އެއްކޮށްލާށެވެ. އެއަށްފަހު 1/2 ޖޯޑު މެލްޓްކޮށްފައި ހުރި ބަޓަރ އަދި 2 ބިސް އެޅުމަށްފަހު، 1/4 ޖޯޑު ބްރައުން ޝުގަރ އަދި 1/4 ޖޯޑު ގްރެނިއުލޭޓަޑް ވައިޓް ޝުގަރ މިކްސްއަށް އެޑްކޮށް، ހުރިހާ ބާވަތެއް ރަނގަޅަށް އެއްކޮށްލާނީއެވެ. ރަނގަޅަށް މިކްސްކޮށްލެވުމުން، 1/2 ޖޯޑު ޔޯގަޓް އެޅުމަށްފަހު އަދިވެސް އެއްފަހަރު ހުރިހާ ބާވަތެއް ރަނގަޅަށް އެއްކުރަނީއެވެ. ދެން 1 މޭޒުމަތީ ސަމުސާ ފޮނިތޮށި އަދި 1/4 ސައިސަމުސާ ނަޓްމެގް ވެސް އަޅާށެވެ. 1 މޭޒުމަތި ސަމުސާ ވެނީލާ އެކްސްޓްރެކްޓްވެސް އެޅުމަށްފަހު އިންގްރީޑިއަންޓްސް މިކްސްކޮށްލަންވާނެއެވެ. އެންމެ ފަހު ކަމަކަށް ބެޓަރ ގަނޑަށް މޭޝްކޮށްފައި ނުވަތަ ޗަސްކޮށްފައިހުރި ދޮންކެޔޮ އަދި 1/2 ޖޯޑު ޗޮކްލެޓް ޗިޕްސް އެޑްކޮށްލުމަށްފަހު އެއްކޮށްލާށެވެ. ކިޔުންތެރިންނަށް ކަމުދާ ވައްތަރެއްގެ ޗޮކްލެޓް ޗިޕްސް ބޭނުންކުރަންވީއެވެ. ސިނަމަން ސްވާރލް ތައްޔާރުކުރުމަށް ވީޑިއޯ އިން ފެންނަގޮތަށް 1/2 ޖޯޑު ބަޓަރ(މަޑުކުރެވިފައިވާ) އަދި 1/2 ޖޯޑު ބްރައުން ޝުގަރ ރަނގަޅަށް ކްރީމް ކޮށްލާށެވެ. 2 މޭޒުމަތީ ސަމުސާ ފޮނިތޮށިވެސް އެޑްކޮށް އަދި ރަނގަޅަށް މިކްސް ކޮށްލާށެވެ. ޓްރޭއަށް ބަނާނާ ބްރެޑް ބެޓަރގަނޑުން ބައެއް އެޅުމަށްފަހު ތައްޔާރުކުރި ސިނަމަން ސުވާރލްގެ ލޭޔަރ އެއް އަޅައި ވީޑިއޯ އިން ފެންނަގޮތަށް ސްވާރލްކުރަމުން ގެންދާށެވެ. ބަނާނާ ބްރެޑްގެ ބެޓަރގަނޑު ހުސްވަންދެން މިގޮތަށް ރިޕީޓްކުރަމުން ގެންދާށެވެ. ބޭނުންނަމަ އެންމެ ފަހު ސްޓެޕްއަކަށް ސްލައިސްކޮށްފައި ހުރި ބަނާނާ ފޮތިތައް ބެޓަރގަނޑުގެ މަތީގައި އަތުރާލާ ޗޮކްލެޓް ޗިޕްސްކޮޅެއްވެސް އެޑްކޮށްލާށެވެ. 180 ޑިގްރީ ސެލްސިއަސްގައި 40-45 މިނިޓް އާއި ދެމެދުގެ މިންވަރަށް ފިހެލާށެވެ. 20 މިނިޓް ވަންދެން ބަނާނާ ބްރެޑް ހިހޫކޮށްލަން ބަހައްޓާށެވެ. ޢީދު ދުވަހުގެ ހެނދުނު ސަޔަށް ނޫނީ ހަވީރު ސަޔަށް ސިނަމަން ސުވާލް ބަނާނާ ބްރެޑް ސަޅިވާނެ އެވެ. މިއަދު ތައްޔާރުކޮށްނުލެވުނަސް ދެރަ ނުވާށެެވެ. ހަރޯދަ ވެސް އޮތީ ކުރިއަށެވެ. ސަން ބަދިގެ ޓީމް އަދި މިފަހަރު އަހަރެމެންނަށް ރެސިޕީތައް ހިއްސާކޮށްދިން ހުރިހާ ފަރާތްތަކެއްގެ ފަރާތުން ކިޔުންތެރިންނަށް ކުޑަ އީދުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުވަމެވެ.
އީދު ސަޔަށް މުޅިން ތަފާތު ދޮންކެޔޮ ބްރެޑެއް
ކޮވިޑް19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކުން "އިންކަމް ސަޕޯޓު އެލަވަންސް" އަށް އެދި ފޯމު ހުށަހެޅުމަށް ސުންގަޑިތަކެއް ކަނޑައަޅައި އާންމުކޮށްފި އެވެ. އިންކަމް ސަޕޯޓް އެލަވެންސް އަކީ ރާއްޖޭގައި މަސައްކަތްކުރާ ފަރާތްތަކުގެ އާމްދަނީ އަށް ކޮވިޑް19 ގެ ސަބަބުން އައިސްފައިވާ ނުރަނގަޅު އަސަރުގެ ސަބަބުން އެ ފަރާތްތަކުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ސަރުކާރުން ދޭ އެލަވެންސެކެވެ. މި އެލަވަންސް ދޭނީ މާޗް 1، 2020 ގެ ފަހުން، ކޮވިޑް19 ސަބަބުން ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ވަޒީފާ އިން ސަސްޕެންޑްކޮށްފައިވާ ފަރާތްތަކަށާއި މުސާރަ ނުލިބޭގޮތަށް ނޯޕޭ ލީވް އަށް ފޮނުވާލާފައިވާ ފަރާތްތަކަށް އަދި މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބަޔެއް އުނިކޮށްފައިވާ ފަރާތްތަކަށެވެ. މި އުސޫލުގެ ދަށުން އެލަވެންސް ދިނުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ އޭޕްރީލް މަހާއި، މޭ މަހާއި އަދި ޖޫން މަހަށެވެ. އެލަވަންސަށް އެދި މިހާތަނަށް ފޯމު ހުށަހަޅާފައި ނުވާ ފަރާތްތަކަށް މިހާރު ވަނީ ސުންގަޑިތަކެއް ކަނޑައަޅައި އާންމުކޮށްފަ އެވެ. މާޗު 1 އިން 30 އޭޕްރީލްގެ ނިޔަލަށް އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތައް ފޯމު ހުށަހެޅުމުގެ ސުންގަޑި ކަމަށް ކަނޑައަޅާފައި ވަނީ މޭ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މެއި 1 ން 30 މެއިގެ ނިޔަލަށް އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ސުންގަޑި އަކީ ހަތެއް ޖޫންއެވެ. ޖޫން 1 ން 30 ޖޫންގެ ނިޔަލަށް އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތައް ފޯމު ހުށަހެޅުމުގެ ސުންގަޑި އަކީ ޖުލައި މަހުގެ ހަތް ވަނަ ދުވަހެވެ. އެލަވަންސް ދިނުމުގެ އުސޫލު ބުނާގޮތުން މާޗު އެކަކާއި ހަމައަށް އެއްވެސް ފަރާތެއްގެ ދާއިމީ ނުވަތަ ވަގުތީ ވަޒީފާގައި ހުރި ކޮންމެ ފަރާތަކަށްވެސް ވަޒީފާ އަދާކުރުމުގެ އެއްބަސްވުމެއް އޮތްނަމަވެސް އަދި ނެތް ނަަމަވެސް މި އެލަވެންސް ލިބިދެވޭނެ އެވެ. މީގެ ތެރޭގައި ޕްރޮބޭޝަނުގައި ތިބޭ ފަރާތްތައް ހިމެނޭނެ ކަމަށާއި ވަގުތީ ވަޒީފާ ވާންވާނީ އެ ފަރާތަކަށް މުސާރަ ލިބޭ ހަމައެކަނި ވަޒީފާއަށް ކަމަށް ބުނެފައިވެ އެވެ. ވަޒީފާ އިން ވަކިކޮށްފައިވާ ފަރާތްތަކަށް މި އުސޫލުގެ ދަށުން 5،000 ރުފިޔާ ލިބޭނެ އެވެ. ނޯޕޭ އަށް ފޮނުވާފައިވާ ފަރާތްތަކަށްވެސް މި އަދަދަށް އެލަވެންސް ލިބޭއިރު މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާފަރާތެއްނަމަ، އެފަދައިން އުނިކުރާ އަދަދު އުނިކުރުމަށްފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ 5000 ރުފިޔާ އަށްވުރެ ދަށް އަދަދެއް ނަމަ، 5000 ރުފިޔާ އިންް މިހާރު ލިބޭ މުސާރައިގެ އަދަދު އުނިކުރުމުން ޖެހޭ އަދަދު ދޭނެއެވެ. އެލަވަންސް ދިނުމުގައި، ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، އެ ފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5000 ރުފިޔާއަށްވުރެ ދަށް އަދަދެއް ނަމަ، 5000 ރުދިޔާ އިން އެ އަދަދު އުނިކުރުމުން ބާކީ އޮންނަ އަދަދާ އެއްވަރުގެ އަދަދެއް، އެ ފަރާތަކަށް ދޭނެ ކަމަށް އުސޫލުގައި ވެއެވެ. އެލަވަންސް ހޯދުމަށް ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، އެފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5000 ރުފިޔާ އަށްވުރެ ބޮޑު އަދަދެއްނަމަ އެ މީހަކަށް އެލަވެންސް ނުލިބޭނެ ކަމަށްވެސް އުސޫލު ބުނެ އެވެ. މި އެލަވެންސް ދޭނީ ރާއްޖޭގައި މަސައްކަތްކުރާ، ދިވެހިންނަށެވެ. އަދި އެއީ، މާޗު އެކަކާއި ހަމައަށް ވަޒީފާގައި ދެމިހުރި އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހަކަށް ވާން ޖެހޭނެއެވެ. ވަޒީފާއަށް އަސަރުކުރި އިނާޔަތް ދޭނީ ޝަރުތުތަކަކާ އެކު އިތުރަށް ވިދާޅުވުމަށް
5،000 ރުފިޔާގެ އިނާޔަތަށް އެދުމުގެ ސުންގަޑިތަކެއް އިއުލާންކޮށްފި
އިނގިރޭސިވިލާތުގައި ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމުގެ ގޮތުން ކޮންޓެކްޓް ޓްރޭސްކުރުމުގެ މަސައްކަތަށް 17،000 އަށް ވުރެ ގިނަ މީހުން ރެކްރޫޓް ކުރެވިއްޖެކަމަށް އެެގައުމުގެ ސަރުކާރުން ބުނެފި އެެވެ. އިނގިރޭސިވިލާތުގެ ކެބިނެޓް މިނިސްޓަރު މައިކަލް ގޯވް ވިދާޅުވީ އެ ގައުމުން އަމާޒު ހިފާފައި ހުރީ 18،000 މީހުން ރެކްރޫޓް ކުރަން ކަަމަށާއި އެހެންކަމުން މިހާރު އޮތީ އެ އަމާޒަށް ވާސިލްވުމުގެ މަގުމަތީގައި ކަމަށެވެެ. ކޮންޓެކްޓް ޓްރޭސަރުންގެ މަސައްކަތުގެ ތެރޭގައި ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ގުޅައި އެމީހުންނާ ކައިރިވި މީހުން ހޯދުމަށް އެހީތެރިވެދިނުން ހިމެނެއެެވެ. ސަރުކާރުގެ އަމާޒަށް ވާސިލް ވާން ކައިރިވިޔަސް އެ އަދަދަކީ އެކަށީގެންވާ އަދަދެއް ނޫންކަމަށް ބުނެ ސައިންޓިސްޓުން ދަނީ ފާޑުކިޔަމުންނެވެ. އަދި އެކަން ރަނގަޅަށް ކުރަން 100،000 މީހުން ބޭނުންވާ ކަަމަށް ވަނީ ބުނެފަ އެެވެ. އިމްޕީރިއަލް ކޮލެޖްގެ ޕަބްލިކް ހެލްތުގެ ހެޑް ވިދާޅުވީ ޗައިނާގެ ވޫހާންގައި ބަލި ފެތުރުނުއިރު އެ ސަރަހައްދުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށް 9000 މީހުން ނެރުނު ކަމަށެެވެ. ވޫހާންއަކީ 11 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސަރަހައްދެކެެވެ. ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް 2024 އާ ހަމައަށް ކުރިއަށް ގެންދަން ޖެހިދާނެކަމަށް ޔޫކޭގެ ޕަބްލިކް ހެލްތު އޮފިޝަލުން ދަނީ ވިދާޅުވަމުންނެވެ. ކޮރޯނާ ޖެހިފައިވާ 244،000 މީހަކު އިނގިރޭސިވިލާތުން މިހާތަނަަށް ފެނިފައިވާއިރު ބަލީގައި 34،636 މީހުން ވަނީ މަރުވެސްވެފަ އެެވެ. މައުލޫމާތު: ސީއެންއެން
17،000 އަށްވުރެ ގިނަ ކޮންޓެކްޓް ޓްރޭސަރުން ޔޫކޭއިން ރެކްރޫޓްކޮށްފި
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް މަޑު މަޑުން ނަގަމުން ގޮސް އަންނަ މަހުގެ ތެރޭގައި އިޓާލިއަން ލީގު ފެށުމަށް ކުލަބުތަކުން ތައްޔާރުވަމުން ދިޔަ ނަމަވެސް އަވަސް އަރުވާލައިގެން ލީގު ފެށުން މުހިއްމު ނޫން ކަމަށް އިޓަލީގެ ކުޅިވަރާ ބެހޭ ވަޒީރު ވިންސެންޒޯ ސްޕަޑަފޯރާ ވިދާޅުވެއްޖެ އެވެ. އިޓަލީގައި މިހާރު ކޮރޯނާ ވައިރަސް ފެތުރޭ މިންވަރު ކޮންޓްރޯލް ކުރެވި ނިސްބަތުން ފެތުރޭ މީހުންގެ އަދަދު މަދުވުމާ ގުޅިގެން ބޮޑުވަޒީރު ގުސިޕޭ ކޮންޓޭ ވަނީ އެގައުމުގައި އަޅާފައިވާ ލޮކްޑައުންގެ ހަރުކަށި ފިޔަވަޅުތައް ވަރަށް އަވަސް ނަގަން ފަށާނެ ކަމުގެ އުފާވެރި ޙަބަރު އެގައުމުގެ ރައްޔިތުންނަށް މިދިޔަ އާދީއްތަ ދުވަހު ދެއްވާފަ އެވެ. އެއާ އެކު އެގައުގެ ފުޓުބޯޅަ ލީގަށް ތައްޔާރުވުމުގެ ގޮތުން އަަންނަ މަހުގެ 18ގައި ޓްރެއިނިންގްތައް ފެށުމަށް ކުލަބުތަކުން ވަނީ ތައްޔާރުވާން ފަށައިފަ އެވެ. އެހެން ނަމަވެސް ޓްރެއިނިންގްތައް ކުރިއަށް ގެންދާނީ ސޯޝަލް ޑިސްޓެންސް ބަހައްޓައިގެން ކަމަށާއި، ކުޅުންތެރިން ބޭނުން ނަމަ ގޭގައި ތިބެގެން ވެސް ޓްރެއިނިންގައި ބައިވެރިވެވޭނެ ކަމަށް ކުލަބުތަކުން ބުނެ އެވެ. އެކެމަކު ކޮރޯނާ ވައިރަސްގެ ނުރައްކާ އަދިވެސް ބޮޑުވެފައި އޮތުމާ އެކު އަވަސް އަރުވާލައިގެން ލީގު ފަށައި، މެޗުތައް ކުޅުމަކީ މުހިއްމު ކަމެއް ނޫން ކަމަށް މިނިސްޓަރު ސްޕަޑަފޯރާ ވަނީ ވިދާޅުވެފަ އެވެ. "މިހާރު އޮތް ގޮތުން މޭ 18 ގައި ޓީމް ޓްރެއިނިންގްތައް ފެށުމަށް ވަނީ މަޝްވަރާ ކުރެވިފައި. އެކަމަކު ކުރިއަށް އޮތް ހަފުތާތައް ބެލުމަށްފަހު ހާލަތު ރަނގަޅު ނުވެއްޖެ ނަމަ އެކަމަށް ހުއްދައެއް ނުދެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ. ސްޕަޑަފޯރާ ވިދާޅުވީ، ކޮރޯނާ ވައިރަސްގެ ސަބަބުން ފުޓުބޯޅައަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަން އިނގިވަޑައިގަންނަވާ ކަމަށާއި، ވީ އެންމެ އަވަހަކަށް ކުޅުން ފެށުމަކީ އެކަމުން އަރައިގަތުމަށް އޮތް ހައްލު ކަމަށެވެ. އެކަމަކު ފުރަތަމަ ކަމަކީ ކުޅުންތެރިންނާއި، އާއްމުންގެ ސިއްހަތާއި، ރައްކާތެރިކަމަށް ވެފައި އެކަމަށް ހުއްދަ ދެވޭނީ ވަކި ޕްރޮޓޮކޯލްއެއްގެ ދަށުން ކަމަށެވެ. "ފުޓުބޯޅަ އަކީ ގައުމުގެ އިގުތިސޯދަށް އެންމެ ބޮޑަށް ފައިދާވާ އެއް ކަންތައް. އެއާ އެކު މި ކުޅިވަރަށް މުޅި ދުނިޔެއިން ވެސް ކުރަނީ ނުހަނު ބޮޑު އިހުތިރާމެއް." އިޓަލީއަކީ ކޮރޯނާ ވައިރަހުގެ އަސަރު މިހާތަނަށް އެންމެ ބޮޑަށް ކުރި އެއް ގައުމެވެ. އެ ބަލި ޖެހިގެން 26،000 މީހުން މިހާތަނަށް އެގައުމުން ވަނީ މަރުވެފަ އެވެ.
އިޓާލިއަން ލީގު އަވަސް އަރުވާލައިގެން ނުފެށުމަށް އަންގައިފި
މިޙާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާއެކު މާލެ ލޮކްޑައުން ކޮށްފައި އޮންނަ މިހާލަތުގައި އަލަށް އުފަންވާ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓަށް އެދި އޮންލައިންކޮށް ހުށަހެޅޭގޮތަށް ހަމަޖައްސައިފިއެވެ. ސިޓީ ކައުންސިލްއިން މިރޭ ނެރުނު ބަޔާނުގައި ބުނީ ސެޓްފިކެޓް ހައްދަން ބޭނުންވާ ފަރާތްތަކުން ސިޓީ ކައުންސިލްގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް އެކަމަށް އެދި ހުށަހެޅޭނެ ކަަމަށެވެ. މިހާލަތުގައި ދޫކުރާނީ ވަގުތީ ސެޓްފިކެޓެއް ކަމަށާއި އެ ސެޓްފިކެޓް ބޭނުންކުރެވޭނީ ފުރަބަންދުގެ ހާލަތު ނިމެންދެން ކަމަށްވެސް ވަނީ ބުނެފައެވެ. "އަދި ދާއިމީ އަސްލު ސެޓްފިކެޓް ލިބިވަޑައިގަންނަވާނީ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް ހުށަހަޅުއްވާ ފޯމާއެކު ހުށަހަޅަން ޖެހޭ އެންމެހައި ލިޔެކިޔުންތަކުގެ އަސްލާއި ވަގުތީ ގޮތުން ދޫކޮށްފައިވާ ސެޓްފިކެޓް މި ކައުންސިލަށް ހުށަހެޅުމުން ކަމުގައި ދަންނަވަމެވެ." ސިޓީ ކައުންސިލްގެ ބަޔާނުގައިވެއެވެ. ކޮރޯނާ ވައިރަސްއާ ގުޅިގެން އެންމެ ފަހުން އިއުލާންކުރި ލޮކްޑައުންގެ މުއްދަތު ހަމަވާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. އޭގެ ފަހުން އަމަލުކުރާނެ ސީދާ ގޮތެއް އަދި ހާމައެއް ނުކުރެއެވެ. ކޮރޯނާ ޖެހިފައިވާ 1247 މީހަކު ރާއްޖެއިން ފެނިފައިވާއިރު ބަލީ ހަތަރު މީހަކު ވަނީ މަރުވެސްވެފައެވެ.
ލޮކްޑައުންގައި އުފަންދުވަހުގެ ސެޓްފިކެޓް ހައްދަން އޮންލައިންކޮށް ހުށަހެޅޭ ގޮތް ހަދައިފި
ދިވެހިންގެ ކެއުމުގެ ވައްޓަފާޅީގައި ރާނބާފަތުގެ ދައުރު ބޮޑެވެ. ބަތް ކެއްކިޔަސް ރާނބާފަތް ހިމަނަންޖެހެއެވެ. ރިހަ ތެއްޔަށް ވެސް މަދުވެގެން ދެ އިންޗީގެ ރާނބާފަތްކޮޅެއް ވައްޓާލަން މަޖުބޫރެވެ. ބޮނޑިބަތުގެ އެކި ވައްތަރުތަކުގައިވެސް ރާނބާފަތް ހިމަނާނުލެވިއްޖެނަމަ ގިނަ ކެއްކުންތެރިން އޭގެ ރަހަ އާއި މެދު ހިތްހަމައެއްނުޖެހެއެވެ. މިއަހަރުގެ ރޯދަމަސް މިއަދު އަހަރެމެންނާ އަލްވަދާޢު ކިޔާއިރު ސަންބަދިގޭގައި މިހިމަނާލަނީ މަރިޔަމް އަހުމަދުގެ ރެސިޕީޢެކެވެ. މިއޮތީ މި ރޯދަމަހު ސޯޝަލް މީޑިއާގައި ބޮޑު މަޤްބޫލްކަމެއް ހޯދަމުން އަންނަ "ޕެންޑަން ކްރޭޕް" ގެ މަރީވީއެމްއެމްގެ ވާޝަން، ރާނބަފަތު ކާށި ފޮޅި ރެސިޕީއެވެ. އަޖުމަބަލާލާށެވެ. ބޭނުންވާ ތަކެތި: ކާށި ހުނި ފިލިންގ ހެދުމަށް 1 ޖޯޑު ކާށި ހުނި 1/2 ޖޯޑު ގެރިކިރު 1 މޭޒުމަތީ ސަމުސާ ކޯންފްލަރ 2 ބިހުގެ ގޮބޮޅި 3/4 ޖޯޑު ފުލްކްރީމް ކިރު 2 މޭޒުމަތީ ސަމުސާ ބަޓަރ ފޮޅި ފިހުމަށް 1 ޖޯޑު ފުށް 2 ބިސް 1/2 ޖޯޑު ފުލްކްރީމް ކިރު 1/2 ޖޯޑު ރާނބާފަތުގެ ދިޔަ (މިކްސަރުން ގިރުމަށްފަހު ފުރާނާފަ) ބަޓަރ ފިޔަވާ ބާކީ ހުރި ބާވަތްތައް ވީޑިއޯއިން ފެންނަގޮތަށް އެއްކޮށް ކައްކާލާށެވެ. އެއަށްފަހު އުނދުންމަތިން ބޭލުމަށްފަހު ބަޓަރ ކޮޅު އެއްކޮށްލާށެވެ. ބަޓަރ ކޮޅު ރަނގަޅަށް ވިރެންދެން އެއްކޮށްލާށެވެ. ކާށި ހުނި ފިލިންގް ތައްޔާރުކޮށްލުމަށްފަހު ދެން ފޮޅި ފިހެލަންވީއެވެ. މަރީވީއެމްއެމް ފޮޅި ފިހަން ބޭނުންވާ ފުށްގަނޑު ތައްޔާރުކުރަން، ރާނބާފަތުގެ ދިޔަ ހެދުމަށް 4 ރާނބާފަތް 1/2 ޖޯޑުގެ ފެނުގައި މިކްސަރުން ރަނގަޅަށް ގިރާލުމަށްފަހު ފުރާނާލީއެވެ. އެއަށްފަހު ފޮޅި ފިހަން ބޭނުންވާ 1 ޖޯޑު ފުށާއި، 2 ބިސް އަދި 1/2 ޖޯޑު ފުލްކްރީމް ކިރު، 1/2 ޖޯޑު ރާނބާފަތުގެ ދިޔަ އާއި އެއްކޮށް މިކްސަރަށް އަޅާ ރަނގަޅަށް ގިރާލުމަށްފަހު، މި މިކްސްވެސް ފުރާނާލަން ވާނެއެވެ. ވީޑިއޯއިން ފެންނަގޮތަށް ތަވައެއްގައި ފޮޅިތައް ފިހޭށެވެ. އަހަރެމެން އާއްމުކޮށް ރިހަފޮޅި ފަދަ ތަކެތި ތައްޔާރުކުރާގޮތަށް ކާށި ހުނި ފިލިންގ ފޮޅިތެރެއަށް އަޅާލުމަށްފަހު އޮޅާލާށެވެ. ރާނބާފަތު ކާށި ފޮޅި ތިތައްޔާރުކޮށްލެވުނީއެވެ. ގާރނިޝްކޮށްލަން ބޭނުންވާނަމަ ކާށި ހުނިކޮޅެއް ކުޑަ ހަކުރުކޮޅަކާއި އެކު މަޑުގިނީގައި ތަވާގައި ހަނާކޮށްލުމުން ގާރނިޝްއެއްގޮތަށް ބޭނުންކޮށްލަން ވަރަށް ހިތްގައިމުވާނެއެވެ.
ތަފާތުކޮށްލަން ރާނބާފަތު ކާށި ފޮޅި
ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަންގެ ފަރާތުން ރާއްޖޭގައި އިތުރު ކަރަންޓީން ފެސިލިޓީތަކެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ. ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ސަރުކާރުން އެދިފައިވާތީ، ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިން ވަގުތީ ކަރަންޓީނު ފެސިލިޓީތަކެއް ގާއިމު ކުރުމަށް 100 އަށް ވުރެ ގިނަ މަސައްކަތްތެރީންނާއި، މަސައްކަތަށް ބޭނުންވާ ތަކެއްޗާއި އާލާތްތައް ފޮނުވަން ނިންމާފައިވާ ކަމަށެވެ. ސަފީރު ވިދާޅުވީ އެ ކުންފުނިން އިމާރާތްކުރާ ކަރަންޓީނު ފެސިލިޓީތަކުގައި ގިނަވެގެން 800 މީހުން ބޭތިއްބޭނެ ކަމަށެވެ. މީގެއިތުރުންް ބެއިޖީން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)ގެ ފަރާތުން ހުޅުމާލޭގައި ހުރި ދެ ބުރި އިމާރާތެއް ރެނޮވޭޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ. ސަފީރު ވިދާޅުވީ ބީޔޫސީޖީން 40 މަސައްކަތްތެރީންގެ ޓާސްކް ފޯހެއް އެކުލަވާލައުގެން މަސައްކަތް ކުރަމުން އަންނަނީ އެ އިމާރާތުގައި 327 އެނދުގެ ކަރަންޓީން ފެސިލިޓީއެއް ގާއިމު ކުރުމަށް ކަމަށެވެ. ރާއްޖޭގައި މިހާތަނަށް 12 އަށް ވުރެ ގިނަ ކަރަންޓީން ފެސިލިޓީތައް ވަނީ ގާއިމްކޮށްފަ އެވެ. އެތަންތަނުގެ ޖާގައިގެ ގޮތުގައި 1،100 އަށް ވުރެން މަތިވާނެ ކަމަށް ވެސް ސަރުކާރުން ބުނެއެވެ. ޗައިނާގެ އެހީގައި ރާއްޖޭގެ ކަރަންޓީން ފެސިލިޓީތަކުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މިހާތަނަށް 214 މީހަކު ރާއްޖެއިން ވަނީ ޕޮޒިޓިވްވެފައެވެ. އަދި ޕޮޒިޓިވް ކޭސްތަކާ ގުޅޭ 2000 އަށް ވުރެ ގިނަ ކޮންޓެކްޓުން ވަނީ ހޯދައިފައެވެ. ކުރިއަށް އޮތް ތަނުގައި ބަލި ޖެހިފައިވާ މީހުންގެ އަދަދު އިތުރުވެ، އެކަހެރި ކުރަންޖެހޭ މީހުން އިތުރުވާނެތީ، ގޭގައި ކަރަންޓީނު ކުރަން ޖެހިދާނެ ކަމަށާއި އެކަމަށް ތައްޔާރުވެ ތިބުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ އިލްތިމާސްކުރައްވައިފައެވެ.
ޗައިނާއިން ރާއްޖޭގައި ކަރަންޓީން ފެސިލިޓީތަކެއް ހަދަނީ
ގަވާއިދަށް ނުފެތޭތީ މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލި "ކޮވިޑް19 އެހީތެރިިކަމުގެ ބިލު" އިސްލާހު ކުރެއްވުމަށްފަހު މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އަލުން އެ ބިލު ހުށަހަޅުއްވައިފި އެވެ. އެ ބިލް ހުށަހެޅުމުގެ ފުރުސަތު ނުދިނީ ދައުލަދުގެ ޚަރަދާއި އާމްދަނީއާ ގުޅޭ ކަންތައްތައް އެ ބިލްގައި ހިމެނޭތީ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ދައުލަތުގެ އާމްދަނީއާ ގުޅޭ ކަންކަން ހިމެނޭ ބިލްތައް ހުށަހެޅޭނީ ސަރުކާރަށް އެކަންޏެވެ. އެ ބިލްގައިވާގޮތުން، ބިލު ހުށަހެޅުމުގެ މަގްސަދަކީ ކޮވިޑްގެ ސަބަބުން އިގްތިސާދަށާއި ރައްޔިތުުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން މިހިނދުން މިހިނދަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުންނާއި އަދި އެފަދަ އެހީތެރިކަން ފޯރުކޮށްދިނުމުގެ އުސޫލުތައް ބަޔާން ކުރުމެވެ. އެގޮތުން އަލުން ހުށަހެޅި ބިލުގައި ވަނީ ހަ ދާއިރާއަކުން އެހީތެރިކަމާއި ލުއި ގޮތްތައް ހޯދުމަށް ހިމަނާފައެވެ. ޕެންޝަން ފަންޑުން ތިން ބައި ކުޅަ އެއްބައި ފައިސާ ދޫކުރުމަށް ބިލުގައި ވަނީ ހިމަނާފައެވެ. ބިލުގައިވާ ގޮތުން ޕެންޝަން ފަންޑް ސްކީމުން ފައިސާ ދޫކުރަން ވާނީ، ތިން އިންސްޓޯލްމަންޓަށް ބަހާއިގެން ކޮންމެ އިންސްޓޯލްމަންޓެއްވެސް 30 ދުވަހަށްވުރެން ގިނަދުވަސް ނުވާނޭގޮތުގެ މަތިންނެވެ. އަދި ގާނޫނަށް އަމަލު ކުރާތާ 14 ދުވަހުގެ ތެރޭގައި އިންސްޓޯލްމަންޓަށް ފައިސާ ދޫކުރަން ވާނެކަމަށް ބިލުގައި ބުނެއެވެ. ޕެންޝަން ފަންޑުން ފައިސާ ދޫކުރެވޭ ގޮތަށް ބިލުގައި ހިމެނި ނަމަވެސް މިކަމާ ގުޅިގެން ސަރުކާރުން ބުނެފައިވަނީ، ޕެންޝަންފަންޑުން ފައިސާ ދޫކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށެވެ. މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެފައި ވަނީ ޕެންޝަން ފަންޑުގެ ފައިސާ އެހެން ބޭނުމަށް ބޭނުން ކުރާނީ އިތުރު ގޮތެއް ނެތް ނަމަ ކަމަށެވެ. ކުލި ނުދެއްކޭ މީހުން ގެއިން ނެރުން ހުއްޓުވަން ގާނޫނެއް އިތުރަށް ވިދާޅުވުމަށް ކުރިން ސައީދު ހުށަހެޅުއްވި ބިލުގައި ބައެއް ކުލިތަކުން މައާފު ދިނުމަށް ވަނީ ހިމަނާފައެވެ. ސައީދު މިފަހަރު ހުށަހެޅުއްވި ބިލުގައި ވަނީ ބައެއް ކުލިތައް ދެއްކުން ފަސް ކުރުުމަށް ހިމަނާފައެވެ. އެގޮތުން ސޯޝަލް ފްލެޓްތަކުގެ ކުލި، ދައުލަތުގެ ވިޔަފާރި ބިންތަކުުގެ ކުލި، ދަނޑުވެރި ބިންތަކުގެ ކުލި، ފަތުވެރިކަމުގެ ބިމުގެ ކުލި ނުވަތަ ރިސޯޓުތަކުން ދައްކަން ޖެހޭ ކުލިީގެ 50 ޕަސަންޓް ވަކި މުއްދަތަކަށް ފަސްކުރުމަށް ބިލުގައި ހިމަނާފައިވެއެވެ. ގިނަ ކުލިތައް ހުރީ ހަ މަސްދުވަހަށް ފަސް ކުރުމަށެވެ. ބިލުގައި ހިމެނޭ އެހެން މުހިންމު ބައެއް ކަންކަން: ސްޓޫޑެންޓް ލޯނުގެ ފައިސާ ދެއްކުން 90 ދުވަހަށް ފަސް ކުރުން މަސްވެރިނަށް ދޫކުރާ ތެލުގެ އަގު ހެޔޮ ކުރުމަށް ސަރުކާރުން މަސައްކަތް ކުރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން، މަސްވެރިން ބާނާ މަހަށް ލަސްވެގެން 48 ގަޑިއިރުތެރޭ ފައިސާ ދެއްކޭނެ ގޮތް ހެދުމަށް ސަރުކާރުން މަސައްކަތް ކުރުން. ބިލުގައި ބުނާ ގޮތުން، ބިލުގައި ހިމެނޭ މާއްދާތައް މާނަކުރަންވާނީ އަދި ތަންފީޒު ކުރަންވާނީ ދައުލަތުގެ އާމްދަނީއަށް އުނިއިތުރުކަމެއް ނާންނާނޭގޮތުގެ މަތިންނެވެ. އަދި ބިލުގައި ހިމެނޭ ކަންކަން ތަންފީޒު ކުރުމަށް އެއްވެސް ބާވަތެއްގެ ޓެކްސް ތައާރަފު ނުކުރެވޭނެ ކަމަށްވެސް ބިލުގައި ބުނެއެވެ. ބިލާއެކު ސައީދު މަޖިލީހަށް ފޮނުވި ސިޓީގައި ވަނީ، ބިލު މިހާރު ހުށަހަޅާފައިވާ ގޮތުން ދައުލަތަށް ލިބެންޖެހޭ އާމްދަނީއަށް އެއްވެސް އުނި އިތުރު ކަމެއް ނާންނާނެއެވެ. ސައީދު ވިދާޅުވީ، ދިވެހި ގިނަ ރައްޔިތުން މި ދަނޑިވަޅުގައި ވަނީވަރަށްވެސް ދަތި ހާލުގައިޖެހިފައި ކަމަށާއި މާލީ އެތައް ދަތިކަމެއް ދިމާވާ ރައްޔިތުންގެ އަދަދު ދުވަހެއް ދުވަހަކަަށް އިތުރުވަމުންދާ ކަމަށެވެ. އަދި ވަޒީފާގެއްލޭ ފަރާތްތަކާއި، ނޯޕޭލީވްގައި ގެޔަށްފޮނުވާލާ މުވައްޒަފުންނާއި ބަނގުރޫޓުވަމުންދާ ކުންފުނިތަކުގެ އަދަދުވެސް އިތުރު ވަމުންދާ ކަމަށް އޭނާ މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ. އެހެންކަމުން ރައްޔިތުން އިންތިހާބުކޮށްފައިވާ މެމްބަރުންގެ ހައިސިއްޔަތުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުމަށް މަޖިލީހުން އިސްނަގަން ޖެހޭ ކަމަށް ސައީދު ވިދާޅުވިއެވެ. "ވީމާ، ޕާޓީއާއި ސިޔާސީ ތައައްސުބުން އެއްކިބާވެ، މިނިވަން އިންސާފުވެރި އުސޫލުން މި ބިލު ބައްލަވައިގަންނަވާ ވީހާވެސް އަވަހަށް އެޖެންޑާކޮށްދެއްވުން އެދެމެވެ." ސައީދު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ބިލާއެކު ފޮނުވި ސިޓީގައި ވެއެވެ.
ސައީދު އަލުން ބިލު ހުށަހަޅުއްވައިފި، މިފަހަރު ވެސް ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތް ހަދަން ހިމެނި
ކޮވިޑަށް ފަރުވާއެއްގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް ބުނެ އަޑު ފެތުުރުނު އެންޓި މެލޭރިއާ ބޭސް، ހައިޑްރޮކްސިކްލޮރޯކުއައިނިން ބައްޔަށް ނުގުޑާ ކަމަށް އާ ދިރާސާއެއްގައި އަނެއްކާ ވެސް ބުނެފި އެެވެ. އެމެރިކާ މެޑިކަލްސް އެސޯސިއޭޝަންގެ ޖާނަލްގައި މިދިޔަ ހޯމަ ދުވަހު ޝާއިއުކުރި އެ ދިރާސާއާއެކު މީގެ ކުރިން މިދިޔަ ބުރާސްފަތި ދުވަހު ނިއު އިންގްލެންޑްގެ ޖާނަލް އޮފް މެޑިސިންގައި ޝާއިއުކުރި ދިރާސާގައި ވެސް ބުނީ އެ ބޭސް ކޮވިޑަށް ނުގުޑާ ކަމަށެވެ. މީގެ ކުރިން އެންޓި މެލޭރިއާބޭސް ކޮވިޑަށް ފަރުވާ ދިނުމުގައި ބޭނުން ނުކުރަން އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން އޮތީ ގޮވާލައިފަ އެެވެ. ޔުނިވާސިޓީ އޮފް އަލްބަނީއިން އެންމެ ފަހުން ކުރި ދިރާސާގައި ނިއުޔޯކްގެ ހޮސްޕިޓަލްގައި ކޮރޯނާ ޖެހިގެން އެޑްމިޓްކޮށްގައި އޮތް 1438 ބަލި މީހުން ބޭނުންކޮށްގެން ވަނީ ދިރާސާކޮށްފަ އެވެ. އެ ދިރާސާގައި ބުނީ އެންޓި މެލޭރިއާ ބޭސް ބޭނުން ނުކުރާ ފަރާތްތަކާއި ބޭސް ބޭނުންކުރި ފަރާތްތަކުގެ މެދުގައި މަރުވާ ރޭޓް ހުރީ އެއްވަރެއްގައި ކަމަށެވެެ. އޭގެ އިތުރުން ބައެއް ބަލި މީހުންނަށް ވަނީ އެންޓި މެލޭރިއާ ބޭހާ އެކު އެންޓި ބަޔޮޓިކްއެއް ކަމަށްވާ އެޒިތުރޮމައިސިންވެސް ދީފަ އެވެެ. އަދި އެ ދެބޭސް އެއްކޮށް ދީގެންނާއި އެންޓި މެލޭރިއާ ބޭސް އެކަނި ދީގެންވެސް މަރުވާ ރޭޓް ހުރީ އެއްވަރެއްގައި ކަމަށް ވަނީ ބުނެފައެެވެ. އެހެން ނަމަވެސް ދެ ބޭސް އެއްކޮށް ދިން މީހުންނަށް ކާޑިއެކް އެރެސްޓަކަށް ދިއުމުގެ ފުުރުސަތު ބޮޑުކަމަށް ވަނީ ބުނެފައެވެެ. ހައިޑްރޮކްސިކްލޮރޯކުއައިނިން ބޭނުންކުރުމުން ހިތުގެ މައްސަލަ ކުރިމަތިވާކަން ކުރިން ވެސް އެނގެ އެެވެ. އެ ދިރާސާގައި އުޅުއްވި ޔުނިވާސިޓީގެ ޑީން ޑޭވިޑް ހޮލްޓްގްރޭވް ވިދާޅުވީ އެ ދިރާސާއިން ވެސް އެނގިގެން ދިިޔައީ މީގެ ކުރިން އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކުރިން މިދިޔަ އޭޕްރީލްގައި ދިން އިރުޝާދުގެ ތެދުކަންކަމަށެެވެ. އަދި މީހުންގެ ފުރާނައާ ގުޅިފައިވާ ކަމެއްގައި ސާބިތުވާ ވަރަަށް ޑޭޓާ ހުންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެެވެ. ހައިޑްރޮކްސިކްލޮރޯކުއައިނިން ބޮޑަށް މަޝްހޫރު ވެގެން ދިޔައީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ބޭސް މާބޮޑަށް ޕްރޮމޯޓް ކުރައްވަމުން ދިއުމުގެ ސަބަބުންނެވެ. ޓްރަމްޕް މީގެ ކުރިން ވިދާޅުވީ އެ ބޭހާއެކު މުޅި މަންޒަރު ބަދަލުވެގެންދާނެކަމަށެެވެ. ނަމަވެސް ސައިންސްވެރިން ކުރިން ވެސް ދިޔައީ ޓްރަމްޕްގެ ވާހަކައިގައި އެއްވެސް އޮއްޓަރެއް ނެތް ކަަމަށް ވިދާޅުވަމުންނެވެ. ސީއެންއެން
އެންޓި މެލޭރިއާ ބޭސް ކޮވިޑަށް ނުގުޑާކަމަށް އަނެއްކާ ވެސް ދިރާސާއަކުން ދައްކައިފި
ގެއަށް ވަދެފައި މިންކާ އަވަސްވެގަތީ އޭނަގެ ބައްޕައާއި ބައްދަލުކުރުމަށެވެ. އޭރު މިންކާވަނީ ދައްކަންވީހާ ވާހަކަތައް ހިތުގައި ރާވާލާފައެވެ. "ބައްޕައަށް ޑޮކްޓަރ އަޔާޒު އެނގިލައްވާތަ؟އަދާގެ ހަޒްބެންޑް.....ޖިބްރީލްގެ ފްރެންޑެއް." މިންކާ އޭނަގެ ބައްޕައާއި ޖެހިގެން އިށީނެވެ."އެ ބޭފުޅާ މާ އެހެން ކަހަލަ ކަމަކަށް ޝައްކުކޮށްގެން އުޅެނީ...." މިންކާގެ ވާހަކަތަކުން މަންސޫރުއަށް އެހެން ކަހަލަ އިހުސާސްތަކެއް ކުރެވުނެވެ. މިފަދަ ގޮތަކަށް މިންކާއަށް އޭނަގެ މަންމަގެ ފަރާތު އާއިލާ އާއި ބައްދަލުވުމަކީ އިއްތިފާގެކެވެ. ޑޮކްޓަރ އަޔާޒްއަކީ ހިރާގެ ހަނގު ފިރިހެންކޮއްކޮއެވެ. މިންކާ ބުނިގޮތުން އާލިޔާއަކީ މަންމަގގެ ދަރިއެކެވެ. މަންމަ އެދަރިފުޅަށް އާލިޔާ މަންސޫރުގެ ނަމުން ނަންދިނީއެވެ. މިހާރު އާލިޔާ މީހަކާއި އިންނަން ވަލީ ހޯދަން ވުމުން މަންސޫރުއަކީ ކާކުކަން އޮޅުން ފިލުވަން އަޔާޒް އުޅެނީއެވެ. މިންކާ ބުނިގޮތުން އާލިޔާއަކީ ބައްޕަގެ ދަރިއަކަށް ވުމުގެ ފުރުސަތެއް ނެތެވެ. ޑީއެންއޭ ޓެސްޓް ހައްދަންވެސް މިންކާ އެދުނެވެ. އޭނަ އާލިޔާގެ ސާމްޕަލްއެއް ބައްޕައާއި ހަމަޔަށް ގެނެސްދީފާނެއެވެ. "އެކުއްޖާގެ ފޮޓޯއެއް ދަރިފުޅު އަތުގައި އެބައޮތްތަ؟ " މަންސޫރުގެ ސުވާލުން މިންކާ ކަންބޮޑުވިއެވެ. "އޭނައަކީ ނިގާބީއެއް. އެހެންވެ ފޮޓޯ ނަގާކަށް ނުކެރޭ އެކަމަކު ބައްޕައަށް ދައްކަން ފޮޓޯއެއް ގެންނާނަން. މިގޭ ކުއްޖަކާ ވައްތަރެއް ނޫން......" މިންކާ ޔަގީންކަން ދިނެވެ. "ބައްޕަ އަޔާޒް ގުޅީމަ ބުނުއްވާނީ އެމީހުންނަށް އޮޅުނީކަމަށް. ބައްޕަގެ ވައިފް ދުރަށް ދިޔައީއޭ ނުބުނުއްވާ. އަޅުގަނޑުވެސް ބުނިނން މަންމަ އެކްސިޑެންޓެއްގައި ނިޔާވީއޭ...ޕްލީޒް ޖަސްޓް ޑިނައި އިޓް. އަޅުގަނޑުމެން އަމިއްލައަށް މިކަން އިންވެސްޓިގޭޓްކުރާނީ. އަޅުގަނޑު އޭނަގެ ބޮލުގެ އިސްތަށިކޮޅެއް ނަމަވެސް ގެނެސްދޭނަން........." މިންކާ ހަދަންވީގޮތް ކިޔައިދިނެވެ. މިންކާ އޭނަގެ ބައްޕައަށްވެސް އޮޅުވާލާ ނިންމައިލިއެވެ. ހަގީގަތް އެނގިހުރެވެސް އޭނަ އެކަން ފޮރުވިއެވެ. މިންހާ ގަސްތުކުރީ މަލްހާ ނަމަވެސް ކުއްޖެއްގެ ފޮޓޯ ނަގާފައި ބައްޕައަށް ދެއްކުމަށެވެ. އެކުވެރިއެއްގެ އަތުން އިސްތަށިކޮޅެއް ނޫނީ ނިޔަފަތި ހޯދުމަކީ އޭނައަށް އުދަގޫކަމެއް ނޫނެވެ. އެކަމަކު މިހާ ބޮޑު އޮޅުވައިލުމެއް އޮޅުވައިލެވޭކަމަށްޓަކާ އަމިއްލަ ނަފުސް ކުށްވެރިވެސް ކުރެވުނެވެ. އޭނައަށް އިހުސާސްކުރެވެނީ ނުބައި ބައި ކުޅޭ މީހެއްގެ ގޮތުގައެވެ. ފިލްމެއް ނޫނީ ވާހަކައެއްގައި ޔަގީނުންވެސް އޭނަގެ ޝަޚުސިއްޔަތު އަންނާނީ ރަގަޅުމީހެއްގެ ގޮތުގައެއް ނޫނެވެ. މިއީ އެންމެ ރަގަޅުކަމެއް ނޫންކަން އެނގެއެވެ. ފާފަވެރިވެސް ވާނެއެވެ. ނަމަވެސް އޭނަ އަދި ހަގީގަތް ހާމަކުރާނެއެވެ. ވަގުތު ނުޖެހެނީއެވެ. މިހުރިހާ އަހަރުތަކަށް އެކަން ސިއްރުވެފައި އޮތްއިރު އަދި އިތުރު މުއްދަތަކީ މައްސަލައެއް ނޫނެވެ. *** މާޒިން އާލިޔާއަށް މަލާއި ޗޮކްލެޓް ފޮނުވަނީ މިންކާ މެދުވެރިކޮށެވެ. އާލިޔާ ޗޮކްލެޓް ކާން ބޭނުންނުވުމުން މިންކާ ވަރަށް ހަމަޖެހިފައި އިނދެ މާމައަށްވެސް ދީގެން ކައިލާނެއެވެ. ހަގީގަތް ނޭގި އަދާވެސް ކެއުމުގައި ބައިވެރިވެއެވެ. ކުޑައެތިކޮޅެއް ލިބުނަސް އޭގެ އެއްބައި އަޔާޒްއަށް ނުދީ ނުކެވެއެވެ. ޗޮކްލެޓްގެ ދެތިން ބަދަ ލިބުނަސް ދެބައި ދޭނީ އަޔާޒްއަށެވެ. އެފަދަ ލޯތްބެއް މާޒިންދެކެ އޭނައަށް ވެވޭނެހެއްޔެވެ؟ ލޯތްބާއިމެދު ވިސްނަން ބޭނުންނުވިޔަސް ހަގީގަތަކީ ހިތުގެ މައްޗަށް ބާރުނުފޯރި މާޒިން ހިތަށް ވެރިވެގެންފިކަމެވެ. އުފަލާއެކު ހިނިތުންވެލެވޭއިރަށް އަރްސަންގެ ހަދާންތައް ބިރުވެރިކަން ހިންގާލާ ހިނިތުންވުން ނެތިކޮށްލައެވެ. މާޒިންގެ ބޭބެއެއްގެ ގޮތުގައި އަރްސަން ހުއްޓާ އެއް ގެއެއްގައި ހަމަޖެހިގެން އުޅެވޭނެހެއްޔެވެ؟ މާޒިންގާތު މިގޭގައި ހުންނަން ޝަރުތުކުރިޔަސް އާއިލާއާއި ބައްދަލުކުރަން ދާން ޖެހިދާނެއެވެ. އެއީކުޑައިރު އަބަދު ދެކުނު ހުވަފެނީގެއެވެ. ކުރިން އެގޭ އާއިލާ ދިރިއުޅުނީ ޔޫރަޕްގައެވެ. މާލެ އަންނަނީ މަދުފަހަރެއްގައި ރިޒޯޓޓްތަކަށް އެެހެން ފަތުރުވެރިން އަންނަ އުސޫލުންކަން ނޭގެއެވެ. އެހެންވެސް އަޅި ލޮލެއް ހުރި ފިރިހެންކުއްޖަކު ފެނުނު ހަދާނެއްނުވެއެވެ. ނަމަވެސް މާޒިންއާއި ދިމާވެފައިވުމަކީ އެކަށީގެންވާ ކަމެކެވެ. އެއްދުވަހު އެގެއިން ފިރިހެންކުއްޖަކު އޭނައާއި ވާހަކަދައްކާ އިސްތަށިގަނޑާއި އަޅައިގެން އުޅުނެވެ. ބޮޑުދައިތަ ދެކުދިން އެކީ ނެގި ފޮޓޯއެއް އަދިވެސް އޭނަ ރައްކާކޮށްފައި އޮވެއެވެ. އެއީ ހަމައެކަނި ހަނދާނެވެ. ފަހަރެއްގައި އެއީ އަރްސަންއަށްވެސް ވެދާނެއެވެ. ފޮޓޯގެ ފެންވަރު އެހާ ރަގަޅުނޫންވީމަ ލޮލުގެ ކުލަ ނޭގުނީއެވެ. އޭނަވެސް ކުޑަކަމުން އެކަން ފާހަގަނުވީއެވެ. ދެރައީ އެފޮޓޯ ލެވުނުތަނެއްވެސް ނޭގުނީމައެވެ. އެފޮޓޯ ދެކޭހިތުން ފޮށިގަނޑުތަކާއި އެއްޗެހި ހާވަންވެސް ހިތަށް އެރިއެވެ. "ޑެވިލް އަސްލު ޓައިމް ވޭސްޓްކުރުވަން މިއުޅެނީ. އިބިލީސްއަށް ލައުނަތް ހުރި. އީދަށްފަހު އެކަހަލަ ކަމެއްވެސް ކުރާނީ........" އާލިޔާ މުސްހަފު ހިފައިގެން ކުނާމަތީ އިށީދެ މާނަބަލައިގެން ކިޔަވަންފެށިއެވެ. މިންކާ ބްރޭންޑެޑް ބޮޑު ކޮތަޅެއް ހިފައިގެން އައިއިރު އާލިޔާ ހުރީ މޭޒުމަތި ތައްޔާރުކުރާށެވެ. ކޮތަޅު ދިއްކޮށްލުމުން އާލިޔާ އެ ބަލައިލިއެވެ. އަސްލު ކުޑަކުއްޖަކާ ވައްތަރު ވަރަށް ރީތިކޮށް ހަދާފައި ހެދުން ލައްވާފައި އޮތް ބޭބީއެކެވެ. ދިރުން ނެތްކަން އެކަންޏެވެ. ލޯބިކަމުން މޮޑެލާހިތްވިއެވެ. "ތީ ކީއްކުރަން....." އާލިޔާ ހައިރާންވިއެވެ. "މާޒިންގެ ހަދިޔާއެއް.." "ހަހަ. ބުދުތަކުން ކުޅެން މީ ކުޑަކުއްޖެއްތަ؟ " އާލިޔާ ހެމުންގޮސް މޫނުމަތި ރަތްވެއްޖެއެވެ. މިންކާ ހައިރާންވަނީ އަބަދު އާލިޔާގެ ރީތި ދަތްތައް ފެންނަވަރަށް ހޭލެއް ގިނަކަމުންނެވެ. އާލިޔާގެ އެންމެ ރީތި ސިފައަކީ އެންމެ އަޅައިގަންނަ ކަމަކީ މި ހުނުންތަކެވެ. "މީހަކު ބުނެނުދިނަސް ޒިންއަށް ވިސްނޭ. އަސްލު މާމައަށް މީތި ދޭށޭ ބުނީ. އޯޑަރުކުރުވައިގެން ގެނައި ބުދެކޯ ބުނީ. މާމަ ޑިމެންޝިއާ ވާހަކަ މަށަށް ބުނެވުނީމަ އޭނަ ދިން ހަދިޔާ ކިހާ ރަގަޅު......" މިންކާ ބުދު މޫނުގައި ޖައްސާ ބާރުކޮށްލިއެވެ. "ހޫމް. މިންކް ގޮސް މާމައަށް ދީފައި....." "މާމަގެ އާލިޔާގެ ފިރިކަލުން ދިން އެއްޗެކޭ ބުނާނީދޯ. މާމަ އަބަދު އިއާންގެ ވާހަކަ އެދައްކަނީ އެއީ ކޮން އިއާންއެއްތަ؟ " އެތައް ދުވަހު ހިތުގައި އުފެދިފައި އޮތް ސުވާލު އޭނަ ކުރިއެވެ. "މައި ޓްވިން ބްރަދާ. މާމަ ކުރީގެ ހަނދާންތައް އަދިވެސް ހުރޭކަން ނޭގޭ..." އާލިޔާގެ ހިނިތުންވުން އިރުކޮޅަކަށް ފިލިއެވެ. މިންކާ އިއާން ދެކެލާހިތްވިއެވެ. އެކުއްޖާ ކޮބާހެއްޔެެވެ؟ ދުނިޔޭގައި ނެތީހެއްޔެވެ؟ މާޒިން މެސެޖްކުރުމުން އާލިޔާ ބަލައިލިއެވެ. އޭނަގެ މަންމަމެން އާލިޔާ ދެެކެން ބޭނުންކަމަށާއި އެގެއަށް ދާނެކަމުގައެވެ. އާލިޔާގެ ހިތްވެސް މަގާމުން ބޭރަށް ފުންމައިލިފަދައެވެ. ހާސްވެ ހިތް ނުތަނަވަސްވިއެވެ. ނޫނެކެވެ. އޭނަ އަދި ކައިވެންޏަކަށް ތައްޔާރެއްނޫނެވެ. އެވެސް މާޒިންއާއެވެ. "ރަމަޟާން ނިންމާލާފައި....." "އަހަރެން ބޭނުންވަނީ އީދުފަދަ ސްޕެޝަލް ޑޭއެއްގައި މެރީކުރަން އާލިޔާފަދަ އަޅުވެރި ކުއްޖަކުވެސް އެގޮތް ބޭނުންވެދާނެތީ. ހަމައެކަނި މަގޭ ކޮޅަކުން ނޫން ދޯ ވިސްނަންވާނީ......." މާޒިންއަށް ހާދަ ވިސްނެއޭ ހިތަށް އެރިއެވެ. އަމިއްލަ އެދުމެއްނެތި ކައިވެނިކުރަން އުޅޭ އަންހެންކުއްޖާގެ އިހުސާސްތަކަށް ގަދަރުކުރަންޏާ އެކީ އުޅެން ހާދަ ފަސޭހަވާނެއެވެ. މާޒިންގެ ހިތުގައި އޭނައަށްޓަކާ އެއްވެސް ކަހަލަ އިހުސާސްތަކެއް ވަނީހެއްޔެވެ؟ އިސްލާމީ ވާހަކަތަކުގައި ކައިވެންޏަށްފަހު ދެމަފިރިންގެ ހިތުގައި ލޯބި އުފެދި އުފާވެރި ދިރިއުޅުމެއް ހޯދައިގަންނަ ފަދައިން އޭނައަށްވެސް އެފަދަ ނަސީބެއް ލިބެނީބާވައެވެ. "ޔެސް އާލިއާ އާލިއާއަށް ނޭގުނަސް މާޒިންދެކެ ލޯބިވެވެނީ.." ސިކުނޑީގެ އެންމެ އަނދިރި ކަނަކުން މަޑުމަޑުން އަންގައިލިއެވެ. އާލިޔާ އިރުކޮޅެެއްވާންދެން މޫނު ފޮރުވައިގެން އޮތެވެ. "ވަޓްއެވާ ހެޕެންސް މާޒިންދެކެ ލޯބިމިވަނީ މާތްﷲއަށްޓަކާ. މާޒިންއަށް ހިދާޔަތް ލިބި ރަގަޅު މީހަކަށްވެ އެކީ ސުވަރުގޭގައި ލެއްވުން ދުޢާއަކީ...."އާލިޔާ ދުއާކުރިއެވެ. "ޑޭޓެއް ފަހުން ނިންމަންވެސް ހެޔޮ މާދަން ހަވީރު މަންމައާއި މާމަ ތިގެއަށް ދާނެ...."މާޒިން ޓައިޕްކުރިއެވެ. އާލިޔާ ކަންބޮޑުވުމާއެެކު ރާސްލާފައި ދުއްވައިގަތީ އޭނަގެ ދޮންބެއާއި އަދާ ގާތަށެވެ. އެމީހުންގެ ޚިޔާލު އޭނަ ބަލާނެއެވެ. މާޒިންގެ އާއިލާއާއި ކުރިމަތިލުމުގެ ހިތްވަރެއް އޭނަގެ ނެތެވެ. ނަމަވެސް ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތަކުގައި އެހެން އެއްވެސް ކަމެެއް ސިކުނޑިއަށް ވެއްދުމުގެ ބަދަލުގައި އާލިޔާ އެންމެ މިނިޓެއްވެސް ބޭކާރުނުކޮށް މުޅިރޭތައް އަޅުކަމުގައި ހޭދަކުރަން އަޒުމް ކަނޑައެޅިއެވެ. މިއީ ރަމަޟާންމަހުގެ ފަހު ދިހަ ކީއްކުރަން ހަޔާތުގެ އެންމެ ފަހު ދިހަ ދުވަސް ނޫންކަމެއް ވެސް އެނގެނީ ކިހިނެއް ހެއްޔެވެ؟ ރަމަޟާންމަހުގެ ދުވަސްތައް ހަލުވިކަމާއެކު އުދުހިފައިދާހެން ދިރިއުޅުމުގެ ދުވަސްތައްވެސް ދަނީއެވެ. ބުއްދިވެރިން ވަގުތުގެ ބޭނުން ހެޔޮގޮތުގައި ކުރާނެއެވެ. އާލިޔާ ބަދިގޭގައި އުޅުނަސް އޭނަ ޒިކުރުކުރެއެވެ. ލިސްޓެއް ހަަަދައިގެން ދުޢާކުރިއެވެ. ލިބޭ ކޮންމެ ވަގުތެއްގައި ގުރުއާން ކިޔެވިއެވެ. ތައުބާ ނަމާދުކުރިއެވެ. އެންމެ ސުންނަތް ނަމާދެއްވެސް ވައްޓައިލުމެއްނެތި ކުރިއެވެ. ރޫހާނީ ގުޅުން ވަރުގަދަވުމުން އެލިބުނު ހިތްހަމަޖެހުމާއި ފޮނި އިހުސާސްތައް ބަޔާންވާނީ އެފަދަ ނަސީބެއް ލިބުނު މީހަކަށެވެ. *** އާލިޔާ މާޒިންގެ ނުބައި ނިޔަތާ ބެހޭގޮތުން ހިލަމެއް ނުވެ ހުރެ ކައިވެންޏާއި މެދު ހުވަފެންތައް ދެކެން ފެށިއިރު މާޒިންއާއި އަރްސަންއަށް އާލިޔާވެފައިވަނީ ޖޯކުޖެހުމާއި ޖެއްސުންކުރުމުގެ އަމާޒަކަށެވެ. އެކުވެރިންނާއެކު ސަފާރީއެއްގައި ތަންކޮޅެއް ދުރަށް ގޮސް ކަނޑަށް އެރި ފަތާ ހަދާފައި ކައިރިކޮށްލީ ރިޒޯޓަކަށެވެ. މިއުޒިކާއި ރަލުގެ ދުނިޔެއެއްގައި ބޭކާރު ވަގުތުތައް ހޭދަކުރުމަށްފަހު ގެއާ ހަމަޔަށް ފޯރިއިރު ދަންވަރު އެކެއް ޖަހައިފިއެވެ. މަގުގެ އަނެއް ފަޅީގައި އަރްސަން ސިގިރެޓެއް ބޯން މަޑުކޮށްލިއެވެ. ފާރުގައި އެއް ފައި ވިއްދާލައިގެން ހުރިއިރު މާޒިން އިނީ ކާރުގެ ބޮނެޓްމަތީގައެވެ. ސުޕާރީއެއް ކަނޑާލާފައި އެތިކޮޅެއް އަނގަޔަށް ލިއެވެ. ފޯނަށް ބަލައިލިއެވެ. "ރިޕްލައިއެއް ނާދޭތަ؟ " އަރްސަން އެހިއެވެ. "އެކުއްޖާއަށް ކަމުދާހެން ހީވާ ސްޓައިލަށް މިއުޅެނީ. އެކުދިންނަށް ކަމުދާނީ ހަލާލް ލޯބި..." "ހަހަ. ވަޓް ދަ.....އިޒް ދެޓް.." އަރްސަންއަށް މަޖާވިއެވެ. "ގޫގުލްކޮށްގެން އެގޮތަށް މިއުޅެނީ. އެކުއްޖާ ކުރިކަމެއް އަދި އެނގޭތަ؟ އެކަނި ވާހަކަދައްކަން ނުވާނެއޭ ކިޔާފައި ގްރޫޕެއް ހަދާފައި އަޔާޒްއާއި އަދާވެސް އެޑްކޮށްލީ. ބޯ ހަލާކު. ތިއްތި ބުނެބަލަ. ވަކިން ވާހަކަދައްކާލެވޭކަށްވެސް މިހާރު ނެތް. އެކުއްޖާ އިމޭޖިން ވަނީ ކޮން ސިފައެއްގަތަ؟ " މާޒިން އެހިއެވެ. އަރްސަންއަށް އާލިޔާ ފެނި ސަޕްރައިޒެއް ލިބޭނެ ދުވަހަކަށް އޭނަ އިންތިޒާރު އެބަކުރެއެވެ. އެކުއްޖާ މި ޚާންދާނުގެ އަންހެންކުދިންފަދަ ރީތިކަމެއް ލިބިފައިވެއޭ ނުބުނަނީ އެހެންވެއެވެ. ކަޅުފަރުދާއެއްގެ ތެރޭ ފޮރުވިގެން އަޑުބަދަލުކޮށްގެން ވާހަކަދައްކާތީ އެހެންމީހަކަށް އާލިޔާގެ ރީތިކަމެއް ނުފެންނާނެއެވެ. އޭނައަށް އާލިޔާ މީރާ މަންސޫރުއާއި ވައްތަރުގޮތެއް ހުރެއެވެ. އަދި ބައްޕައާއި ދެބެންގެ ދެދަރި އަދްނާނުގެ ދަރިފުޅު އާއިޒާ އަދްނާންވެސް ހަމަ އެފާޑެއް ހުރެއެވެ. "ހަންޑިއެއްގެ.." އަރްސަން ސަމާސާކޮށްލިއެވެ." ޔަގީނުންވެސް އޭނާގެ ވަރުގަދަ އަޑުއިވުނީމަ ބިރުގަނޭ..." "ހަހަ...." މާޒިން ހިނިގަނޑެއްޖެހިއެވެ. "އެހާ ދެން ބިރުވެރިކުއްޖެއް ނޫން. އެކަމަކު ތެދަށް ބުނަންޏާ ވަރަށް ބޯރިން ސްޓައިލަކަށް ދޯ ދެން އެއުޅެނީ. ތިއްތި އެކުއްޖާ އިސްލާހުކުރެވޭނެކަމަށް މި ގަނޑު މިގަންނަނީ. ހަމައެކަނި ރިވެންޖްއަކަށްވެސް ނޫން...." މާޒިން ވިސްނާގޮތާއި އަރްސަންގެ ނިޔަތްވެސް ތަފާތެވެ. އަރްސަން ބޮޑަށް ބޭނުމީ އަދާއަށް ފިލާވަޅެއް ދިނުމެވެ. މާޒިންގެ ބޭނުމަކީ އަރްސަންއަށް ހަޔާތުގެ ބައިވެރިޔަކު ހޯދަދިނުމެވެ. *** މިންކާ އައްމާ ފޮތް ދަސްކުރަންވެގެން ބާރުބާރަށް ޝަރުހު ސޫރަތް ކިޔަވަން އިންދާ އޭނަގެ ބައްޕަ ދޮރުމަތީގައި އަޑުއަހަން ހުރެފައި ވަނެވެ. "ރިޕީޓްކޮށް ދަރިފުޅު ކިޔެވީމަ ރުގުޔާ ކަމަަށް ހީކޮށް...." މަންސޫރު ބުނެލިއެވެ. "ނޫން. މި ކުރު ސޫރަތްތައް ދަސްކުރަނީ. ނަމާދުކުރާއިރު ކިޔަވަން އަލްހަމްދުވެސް ނޭގިއޮތީ. މިހާރު މާނަވެސް އެނގިއްޖެ. ބައްޕަމެން ދަސްކޮށްދެއްވިނަމަ ކިހާ ރަގަޅުވީސް. ކުޑައިރުއްސުރެ ނަމާދުކުރާނެ ގޮތާއި ގުރުއާން ތައުހީދު މިފަދަ އެއްވެސް އެއްޗެއް ނޭގުނީމަ ދިރިއުޅުން އަސްލު ބޭކާރު އެއްޗަކަށްވީ. މިއީ ޕާމެނެންޓް ދުނިޔެއެއްނަަމަ އެންމެ ރަގަޅު. މީރާ....މީރާވެސް ދުނިޔެއާއި ވަކިވެގެން ދިޔައީ ދީން ނޭގި...." މިންކާގެ ލޯ ތެމުނެވެ. "ދަރިފުޅާ. ޝީ ވޯޒް އެ ކިޑް. އެންޑް މާތްﷲއަކީ ރަހީމުވަންތަ ރަސްކަލާނގެ. ނޭގި ހުރުމުން ފާފައެއްނުވާނެ.." "ނޫން ބައްޕާ. އަމިއްލައަށް ދީން އުނގެނެންވާނެ. އިގްނޮރަންޓްވުމަކީ ބަހަނާއެއްނޫން. އާލިޔާ ބުނީ......" "އާލިޔާ އާލިޔާ..ދަރިފުޅު އަބަދު އެމީހެއްގެ ވާހަކަދައްކަނީ އޭނަގެ ސަބަބުން ހާދަ ގިނަ އާއިލާތައް ބައިބައިވެއްޖެ ކަޕްލްސްތައް ރުޅިކުރުވައިފިއޭ. ސިކުނޑި ދޮވެލަނީނު. މިންކްއަށް އެނގޭތަ؟ އެމީހުން ކުދިންނާއި ކުށެއްނެތް މީހުން ކަތިލަމުން ތަންތަން ރޯކުރަމުން އެއުޅެނީ. ބައްޕަމެންނަކީ ވެސް މުސްލިމުންނޭ. އެކަމަކު އެވައްތަރަކަށް ނޫޅެން. އެމީހުން ދެން މާ ހަރުކަށީ. ދީނަކީ ލުއިފަސޭހަ ދީނެއް......" މަންސޫރު ހިތްހަމަނުޖެހުމާއެކު އޭނަގެ ޚިޔާލު ފައުޅުކުރިއެވެ. "އާލިޔާމެންނަކީ ޓެރަރިސްޓުންނެއްނޫން. ދީން ރަގަޅަށް އުގެނި ދީނަށް އުޅުމާއި ކުދިން ކަތިލުން ތަފާތު. ފަންޑަމެންޓަލިސްޓުންގެ ގޮތުގައި ރަގަޅު މުސްލިމުންގެ ގޮތުގައި އާލިޔާމެން އުޅެނީ. އެންޑް އާލިޔާ ވަރަށް އުފާވެރި. އަބަދު ހީލައިގެން. ދުނިޔޭގެ ހުރިހާ މުއްސަދިކަމެއް ލިބިފައިވާއިރު އަޅުގަނޑަށްވެސް އެ އުފާ ފީލް އެއްނުވޭ. ސޯ ޝީޒް ބްލެސްޑް...އައި ތިންކް..." މިންކާ ބުނެދިނެވެ. "ހޫމް އާލިޔާގެ ކަންތައް ވަރަށް ބޮޑުވެއްޖެ. މިންކް ގެނައިންތަ ޑީއެންއޭ ހަދަން އެއްޗެއް؟ " މަންސޫރު އެހިއެވެ. "ޔެސް....." މިންކާ ދުވެފައިގޮސް އޭނަގެ ދަބަސް ހުޅުވާލާފައި ނެގި ނިޔަފަތި އަދި އިސްތަށި ބުޑުން ވަކިކޮށްފައިވާ އިސްތަށިކޮޅެއް ބައްޕައަތަށް ދިއްކޮށްލިއެވެ. މަންސޫރުއަށް އެންމެ މުހިއްމީ ހިރާ އޭނަގެ ބޮލުގައި އެޅުވި ދަރިފުޅުގެ ހަގީގަތް ހާމަވުމެވެ. އާލިޔާ އޭނަގެ ދަރިއަކަށް ނުވަންޏާ އާލިޔާ މަންސޫރުގެ ނަން ދެވިގެން ނުވާނެއެވެ. އޭނަ އެ މައްސަލަ ކޯޓަށްވެސް ވައްދާނެއެވެ. ބައްޕަ ދިޔުމުން މިންކާ އެނދަށް ވެއްޓިގެން ބާލީހުގައި ބައްދާލިއެވެ. އޮޅުވައިލާ މަކަރުހެދުންވެސް ހުއްދައެއް ނުވާނެއެވެ. އޮޅުވައިލަނީއެއް ނޫނެވެ. ކުޑަކޮށް ވަގުތުދެނީއެވެ. އޭނަގެ އަމިއްލަ ނަފުސަށެވެ. އެހެންމީހުންނަށެވެ. މިންކާ ހިތްހަމަޖައްސައިލިއެވެ. *** އުއްމު ކުލްސޫމްއާއި ސުކައިނާ އެގެއަށް އަންނަންވާއިރަށް އާލިޔާ ތައްޔާރުވެލިއެވެ. ނުނިމޭ
ނިރުބަވެރިޔާ 26
މަސްވެރިކަމަށް މަޝްހޫރު ގއ. ގެމަނަފުށީގެ މައި މަގުން ހިނގާފައި ދިޔައިރު ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ މަގު މެދުގައި ހަދާފައި ހުރި 30 ހަކަށް ފޫޓް އުސް ގަޑި ޓަވަރެކެވެ. އިސްލާމީވަންތަކަން ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ މި ގަޑި ޓަވަރަކީ، މިހާތަނަށް ރާއްޖޭގެ ރަށަކުން ފެނުނު އެންމެ ތަފާތު އެއް ބިނާ އެވެ. އެ ގަޑި ޓަވަރާ ގުޅޭ މައުލޫމާތު އެއްކުރުމުން އެނގުނީ އެ ބިނާ ހެދުމުގެ ހިޔާލު އުފަންކޮށް އެ ބިނާ ހެދުމުގެ ހުރިހާ މަސައްކަތެއްހެން ކުރީ ގެމަނަފުށީގެ ޒުވާން ވަޑިއެއް ކަމެެވެ. މިއީ އުމުރުން 34 އަހަރުގެ އަލީ މުރުތަޟާ އެވެ. މުޅި ރަށަށް މަޝްހޫރު ކުޅަދާނަ ވަޑިއެކެވެ. މުރުތަޟާއާ ބައްދަލުވީ އޭނާގެ މަސައްކަތްތައް ހިންގާ ވޯކްޝޮޕުންނެވެ. މަސްވެރި މިރަށުގައި މުރުތަޟާއަކީ ތަފާތު މަސައްކަތެއް ކުރާ ތަފާތު ޒުވާނެކެވެ. ގެމަނަފުށީ ގަޑި ޓަވަރު --- ފޮޓޯ:މާޝާ ނައީމް ރާއްޖޭގައި އަދި ފެންނަން ނެތް މުޅީން ތަފާތު ވައްތަރެއްގެ މޮނިއުމެންޓެއްގެ ވާހަކަ މުރުތަޟާއާއި އޭނާގެ ބައިވެރިންތަކެއް އިސްވެ ގެމަނަފުށީ ކައުންސިލަށް ހުށަހެޅުމުން ކައުންސިލަށް ވެސް ފުރަތަމަ ލިބުނީ ހައިރާންކަމެކެވެ. މިއީ ހަމަ އަސްލުވެސް ވެދާނެ ކަމެއް ކަމާ މެދު ކައުންސިލަށް ވެސް ސުވާލު އުފެދުނެވެ. ގަޑި ޓަވަރަކީ ދުނިޔެއަށް މަގުބޫލު ނަމަވެސް ވެރިރަށް މާލެ ނޫނީ ރާއްޖޭގައިވެސް އަދި އެފަދަގޮތަކަށް އިމާރާތްކުރެވުނު އެއްޗެއް ނޫނެވެ. އެހެންކަމުން ރާއްޖޭގެ އެންމެ ދެކުނަށް އޮތް އަތޮޅެއްގެ މަސްވެރި ރަށެއްގައި މިހާބޮޑު މަސައްކަތެއް ހަމަ ރަނގަޅަށްވެސް ކުރެވިދާނޭ ކަމާ މެދު ސުވާލު އުފެދުނީ އެވެ. އެކަމަކު މުރުތަޟާ ބުނީ، ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާ ރިސްކް ނެގުމަކީ އޭނާ ކުރާ ހިތްވާ ކަމެކެވެ. "ތިމަންނަ އެކަނިވިޔަސް ﷲގެ އިރާދަފުޅާއިއެކު މިފަހަރު މި ގަޑި ޓަވަރު ނިންމާނަމޭ އަޅުގަނޑު ބުނިން. އެ ހިސާބުން އޭގެ މަސައްކަތް ފަށައިގަތީ،" މުރުތަޟާ ކިޔައިދިނެވެ. އެގޮތުން، 2018 ވަނަ އަހަރުގެ ޖުލައި މަހުގެ އެކެއްގައި، ގަޑި ޓަވަރުގެ މަސައްކަތް ނިންމާލިއިރު ފެންނަން އެހެރީ މުރުތަޟާއާއި އޭނާގެ ބައިވެރިންގެ ހިތްވަރެވެ. ހުނަރާއި ފަންނުވެރިކަމުން ފުރިފައިވާ ޒުވާން ސިކުޑިތަކެއްގެ މަސައްކަތެވެ. އެ މީހުން ގޮންޖަހާލި މުޅި ރާއްޖެއަށެވެ. "ބޭނުންވީ ރާއްޖޭގެ ނެތްފެންވަރުގެ އެއްޗެއް ހަދާލަން. އެހެންވެ ގަޑި ޓަވަރެއް ހިޔާލުކުރީ. އެއީ ވަރަށް ބުރަ މަސައްކަތެއް، އެ ކުރަހާ، ހުރިހާކަމަކައް ގާތްގަޑަކަށް ހަތަރުވަރަކަށް މަސްވި، ދެން ފަހުން އޭގެ ހުރިހާ މަސައްކަތެއް ފެއްޓީ، ފަށައިގެން ގާތްގަނޑަކަށް ހައެއްކަ މަސްދުވަސްތެރޭ ނިމިފަ މިހިރީ،" މުރުތަޟާ ބުންޏެވެ. މުރުތަޟާ އޭނާގެ މަސައްކަތުގައި--- ފޮޓޯ މާޝާ ނައީމް ކިއްސަރު ވަޑާމާއި ތެދުވި ވަޑާމަށްވެސް ނުހަނު ފަރިތަ މުރުތަޟާގެ ހުނަރު އެތައް ކަމެއްގައި އެބަ އޮތެވެ. ރަސްމީ ވަޒީފާއެއްގެ ގޮތުގައި އެންމެ ފުރަތަމަ އާމްދަނީއަކަށް ކުރި މަސައްކަތަކީ، 2008 ވަނަ އަހަރު، މިހާރުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ވަޓަވައްރެހާ ރިޒޯޓުގެ ސީލިންކުރުމާއި މުށިޖެހުމާއި ހިޔާކުރުމުގެ މަސައްކަތެވެ. އޭގެ ފަހުން، ގެމަނަފުށީގައި އިމާރާތްކޮށްފައިވާ މަސްޖިދުލް އިބްރާހިމްގެ ހުރިހާ ވަޑާމުގެ މަސައްކަތްތަކަކީ މުރުތަޟާގެ އުފެއްދުންތެރިކަމާއި ފަންނުވެރިކަން ވަރަށް ފުރިހަމައަށް ފެންނަން ހުރި މަސައްކަތެކެވެ. މިހާ ބޮޑެތި މަސައްކަތްތަކެއް ޒުވާން އުމުރުގައި ކުރުމުގެ ފުރުސަތު ލިބުނުއިރު، ވަޑާމުގެ މަސައްކަތް މިހާ ފުޅާކޮށް ކުރިއަށްގެންދެވޭނެ ކަމުގެ ޔަގީންކަން އޭނާއަށް ލިބުނީ ހުޅުމާލޭގެ ގެސްޓްހައުސްއެއްގެ ހުރިހާ ފަރުނީޗަރުތަކެއް ޖެހުމުގެ މަސައްކަތުގެ ތެރެއިންނެވެ. "މަސްޖިދުލް އިބްރާހިމްގައި ކޮށްފައި ހުރި މަސައްކަތްތައް ފެނިފައި ފުރުސަތު ލިބުނީ ހުޅުމާލޭގެ ޕެރީލިއަން ގެސްޓްހައުސްގެ ފަރުނީޗަރުތައް ޖަހާދޭން. އެ މަސައްކަތަށް މާލެއަށް ގޮއްސަ އައިސް ހިތަށް އެރީ މިއީ ކުރެވޭނެ ކަމެކޭ.. އެއަށްފަހު މި މަސައްކަތް މިހާ ފުޅާކޮށް މި ކުރިއަށްގެންދަނީ،" މުރުތަޟާ ބުންޏެވެ. މުޅީން ކޮންކްރީޓް ބޭނުންކޮށްގެން ހަދާފައިވާ ގެމަނަފުށީގެ ގަޑި ޓަވަރުގެ ޑިޒައިނަށް ބަލާއިރު ބޮޑަށް ރަމްޒުކޮށްދެނީ އަރަބި އިސްލާމީވަންތަ ގޮތްގަނޑެކެވެ. ޓަވަރުގެ އެންމެ މަތީގައި ގުއްބެއް ބެހެއްޓިފައިވާ ވެއެވެ. މި ޓަވަރު އިމާރާތްކުރުމަށް އައި އެންމެ ބޮޑު ޗެލެންޖަކީ ޓަވަރުގެ ބައްޓަމެވެ. މަތީން ފެށިގެން 12 ފޫޓު ހިމަކޮށް ހުންނައިރު، ތިރީބައި ހުންނަނީ ފަލަކޮށެވެ. މުރުތަޟާ ބުނާގޮތުން ޓަވަރުގެ ފަރުމާގައި ހުރި މި އުނދަގޫތައް ފަސޭހަކުރުމަށްޓަކައި އޭނާ ޖެހުނީ އަމިއްލައަށް ތައްގަނޑުތަކެއް ހަދައިގެން ކުރިއަށްގެންދާށެވެ. ގެމަނަފުއްޓަކީ މަސްވެރި ރަށެއްގެގޮތުގައި މަޝްހޫރު ރަށަކަށްވާއިރު، މުރްތަޟާ އެންމެ އުފާކުރަނީ ރަށުގައި އަނބިދަރީން ކައިރިހުރެ، މަސައްކަތްކޮށްގެން އާމްދަނީ ހޯދޭނެ މަގުފަހިވެފައި ވާތީ އެވެ. " ހެނދުނު 7 ޖަހާކަންހާއިރު މަސައްކަތް މި ފަށަނީ ވަޑާންގެއިން، އެކި ތަންތާ އެކި މީސްމީހުން ބުނާ މަސައްކަތް ކުރުމަށްފަހު އަނެއްކާވެސް ވަޑާންގެއަށް އައިސް، ގާތްގަޑަކަށް ރޭގަނޑު އެގާރަ ބާރަ ޖަހާކަންހާއިރު މަސައްކަތް ނިންމާލަން، އެގޮތައް މަސައްކަތް ރާވާފަ އޮންނަނީ.ދެން ބައެއް ރޭރޭ ނިންމާލާފައި މަހަށްވެސް ގޮސްލަން" މުރްތަޟާ ބުންނެވެ. މުރުތަޟާ އޭނާގެ މަސައްކަތުގައި--- ފޮޓޯ:މާޝާ ނައީމް އާންމުގޮތެއްގައި މުރްތަޟާ މަސައްކަތްކުރަނީ އެކަންޏެވެ. އެހެންނަމަވެސް، އެއްފަހަރާ މާ ގިނަ ޕްރޮޖެކްޓްތަކެއް ލިބި، މަސައްކަތް ބުރަވާނަމަ ރަށުތެރެއިން އެހީތެރިންތަކެއް ހޯދަ އެވެ. ގަޑި ޓަވަރުގެ އިތުރުންްވެސް ގެމަނަފުށީގެ ތަރައްގީގެ ގިނަ މަސައްކަތްތަކެއްގައި މުރުތަޟާގެ ހިއްސާ އެބައޮތެވެ. މިގޮތުން ރަށުގެ އެއް ބީޗުކަމުގައިވާ ޒީރޯގެ ހަޓަކީވެސް މުރުތަޟާގެ މަސައްކަތެކެވެ. އޭގެ އިތުރުން އޭނާ ދަނީ ރަށުގެ ޖެޓީގެ މަސައްކަތްވެސް ކުރަމުންނެވެ. އޭނާ ބުނާގޮތުން ކުޑަ ފައިދާއެއް ލައިގެން ކުރާ މި މަސައްކަތުގެ އެންމެ ބޮޑު ގޮންޖެހުމަކީ ބޭނުންވާ ފިލާތަކުގެ އަގުބޮޑުކަމުންނެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި މުޅި ރާއްޖެއަށް މަސައްކަތް ފުޅާކުރުމުގެ އުންމީދުގައި ހުރިއިރު އޭނާ ބަލަމުންދަނީ ބެންގްކޮކުން ފިލާއެތެރެކޮށް މިކަމަށް ބޭނުންވާ ހާއްސަ އާލަތްތައްވެސް ހޯދައިގެން ކުރިއަށް ދިއުމަށެވެ. މުރުތަޟާގެ ގަޑިޓަވަރު ކިތަންމެހާވެސް ފުރިހަމަ އެވެ. ރަށަށްއަރާ ދޭސީންނާއި ބިދޭސީންގެ ސަމާލުކަން ޔަގީނަށް ވެސް އެ މަސައްކަތަށް ދަމައިގަންނާނެ އެވެ. އާއިލާގައި ވަޑާމުގެ ތާރީހެއް ނެތަސް މުރްތަޟާ ސާބިތުކޮށްދެނީ އަމަލީ ތަޖުރިބާއިންނާއި އަމިއްލަ ހުނަރުން ކުރިއެރޭނެ ކަމެވެ.
މަސްވެރި ރަށަކުން ތަފާތު ވަޑިއެއް! އެތައް ހުނަރެއް!
ހުސެއިން ރަޝީދު (ސެންޑީ) ހަނދާން ހުންނައިރުންސުރެ ވެސް ބައްޕަ އިސްމާއިލް ރަޝީދާ އެއްކޮށް އަތޮޅު ތެރޭގެ ރަށްތަކަށް ދަތުރުކޮށް އުޅުނެވެ. ބައްޕަގެ ލޯންޗުގައި ބޮޑުބޭބެ ވިހަމަނާފުއްޓަށް ގޮސް އުޅުނު ހަނދާނާއި، ރިޔާ ނެގި ދޯނީގައި ބައްޕަގެ އެނބޫދޫފިނޮޅަށް މުޅި އާއިލާ ގޮސް، އެތަނުގައި މަަސް ހިފައިގެން ކައިގެން އުޅުނު ހަނދާން އޭނާ އަދިވެސް ހުރެ އެވެ. ބޮޑު ޗުއްޓީގައި އޭނާގެ ބައްޕަ ދެ އަނބިންނާއި، ނުވަ ދަރިން ގޮވައިގެން އަނގަމަތި ދޯނިތަކުގައި އުުތުރުގެ އަތޮޅުތަކަށް ކުރި ދަތުރުތަކަކީވެސް ސެންޑީގެ ކުޑަ އިރުގެ ފޮނި ހަނދާންތަކެވެ. އެފަަދަ ދަތުރުތަކުގައި އެ އާއިލާ އާންމުކޮށް ގޮސް އުޅޭނީ ހދ. އަތޮޅަށެވެ. އެ އަތޮޅު ވައިކަރަދޫ އަކީ އޭނާގެ ބައްޕަގެ މައިފުށު ތިމާގެ މީހުން ތިބޭ ރަށެކެވެ. ސެންޑީގެ ކާފަ ހދ. އަތޮޅުގެ އަތޮޅުވެރިކަން ކުރެއްވި އިރު އޭނާގެ ބައްޕަ އުޅެ ބޮޑުވީ ހދ. ގައެވެ. އެހެންކަމުން އެ އަތޮޅަކީ އެ އާއިލާގެ ހިތާ ވަރަށް ކައިރީގައި އޮންނަ އަތޮޅެކެވެ. ށ. އެރިޔަދޫއަކީވެސް ބޮޑު ޗުއްޓީގައި އެ އާއިލާ ގޮސް އުޅުނު ރަށެކެވެ. ސެންޑީގެ ބައްޕަ ރިޓަޔާ ކުރުމަށް ފަހު، އެ ރަށް ނަގައިގެން އެ ރަށުގައި ދަނޑުހެއްދި އެވެ. ސެންޑީމެން އެ ރަށުގައި އުޅުނީ ފަން ޖިފުޓީގަ އެވެ. ފެންވަރައި ހެދީ ވަޅަކުންނެވެ. ކައި އުޅުނީ ބައްޕަ ހައްދާ މޭވާ އާއި ތަރުކާރީ އަދި ފަރުން ހިފާ މަސްތަކެވެ. "[ބައްޕަ] އެރިޔަދޫއަށް ވަޑައިގެންނަވާނެ ސްކޫލް ހޮލިޑޭގައި. ހަމަ ފެމެލީ އެއްކޮށް ފަން ޖިފުޓިގަނޑުގައި، ފާހާނާ އިންނާނީ ހަމަ ބީޗުގައި. ދެން ވަޅެއް އިންނާނެ ފެންވަރާލަން. ފެމެލީ އެއްކޮށް ވަރަށް ދަތުރުކުރެވިފައި ހުންނާނެ އެ ރަށަށް،" ސެންޑީ އޭނާގެ ކުޑައިރުގެ ހަނދާންތައް ކިޔައިދިނެވެ. "[ބައްޕަ] ދަނޑު ހެއްދެވި އިރު މަސް ހިފައިގެން ލާންދާ އުކައިގެން ކައިގެން އުޅެން ވާނީ. އެހެންނުންވާނީ. ތަރުކާރީއާ މޭވާ ލިބޭ. މަސް ހަމަ ހިފަން ޖެހޭނީ،" ސެންޑީގެ ކުޑަ އިރުގެ ފޮޓޯއެއް: ށ. އެރިޔަދޫގައި އޭނާގެ އާއިލާ އުޅުނީ ފަން ޖިފުޓީތަކުގައި -- ފޮޓޯ/ ސެންޑީ ސެންޑީގެ ކުޑަ އިރުގެ ފޮޓޯއެއް: ކުޑައިރު ބައްޕައާއެކު އަނގަމަތި ދޯނިތަކުގައި އުތުރުުގެ އަތޮޅަތަކަށް ދަތުރު ކުރި ހަނދާން އޭނާ އަދިވެސް ހުރޭ -- ފޮޓޯ/ ސެންޑީ ކުޑައިރުގެ ދަތުރުތައް ކިތަންމެ މަޖަލަސް އޭރު މާލެ ނޫން ރަށަކަށް ދިރިއުޅުން ބަދަލު ކުރުމުގެ އެއްވެސް ހިޔާލެއް ސެންޑީގެ ނެތެވެ. އެއީ އޭނާގެ މުޅި އާއިލާ އާއި ރައްޓެހިން ތިބީ މާލޭގައި ކަމުންނެވެ. ނަމަވެސް ޑައިވިން ދާއިރާގައި 37 އަހަރުގެ ޝަރަފުވެރި ކެރިއަރެއް ނިިންމާލައި ރިޓަޔާ ކުރުމާ ހިސާބަށް ދިޔަ އިރު ސެންޑީގެ ވިސްނުން ހުރީ މުޅިން ބަދަލުވެފަ އެވެ. ފަހުރުވެރި ކެރިއަރުން އަތްވީއްލައި ހިތްހަމަޖެހުމަށް ސެންޑީއާއި މޫދާ ދެމެދު އަބަދުވެސް އޮންނަނީ ހާއްސަ ގުޅުމެކެވެ. ކުޑައިރުއްސުރެ ބައްޕަ ފަހަތުން މޫދަށް އެރި އޭނާ ސްނޯކަލް ކުރަން ފަށައިފި އެވެ. ސްކޫލު ދުވަސްވަރު ހަފްތާ ބަންދުގައި ރާޅުގަނޑަށް ރާޅާ އަޅަން ގޮސް އެކަންވެސް ދަސްކުރި އެވެ. ސެންޑީ އެންމެ ފުރަތަމަ ޑައިވެއް ކުރީ 1981 ވަނަ އަހަރު ހުޅުލޭ ކައިރިއަށް "މޯލްޑިވްސް ވިކްޓަރީ" ބޯޓު ފެތުނުތާ ދެތިން ދުވަސް ފަހުން އެ ބޯޓުގެ ފޮޓޯ ނަގާށެވެ. އޭރު އޭނާ އުޅުނީ މަޖީދިއްޔާ ސްކޫލުގަ އެވެ. އެއީ އޭނާގެ ޅިޔަނު ދިން ފުރުސަތެެކެވެ. އޭނާގެ ޅިޔަނަކީ އޭރު އޮސްޓްރޭލިއާގެ ކޮމާޝަލް ޑައިވަރެކެވެ. ސެންޑީ އެންމެ ފުރަތަމަ ވަޒީފާއެއްގެ ގޮތުގައި ޑައިވް ކުރަން ފެށީވެސް ފޮޓޯ ނަގާށެވެ. އެއީ ނޮވެލްޓީގެ ވެރިޔާ އަލްމަރުހޫމް އަލީ ހުސެއިން ދެއްވި މަސައްކަތެކެވެ. ފަހުން ފަރުކޮޅުފުށީގައި އަންޑާ ވޯޓާ ވީޑިއޯ ގްރަފާއަކަށް ހަ އަހަރުވަންދެން މަސައްކަތް ކުރި އެވެ. އަދި 1986 ވަނަ އަހަރު ސެންޑީ ޔޫއެންޑީޕީގެ ޑައިވިން ކޯހެއްގެ އިތުރުން ޑައިވިން މާސްޓާ ކޯސްވެސް ފުރިހަމަ ކުރި އެވެ. އޭރު ޑައިވިންގައި އުޅޭ ދިވެހީން އިނގިލިން ގުނާލެވޭނެ އެވެ. މަދު އަހަރުތަކެއްގެ ތެރޭގައި ޑައިވިން އިންސްޓްރަކްޓާ ކޯހާއި، ސްޓާފް އިންސްޓްރަކްޓާ ކޯހާއި، ކޯސް ޑައިރެކްޓާ ކޯސް އޭނާ ފުރިހަމަ ކުރި އެވެ. އެއާއެކު އެތައް ބަޔަކަށް ޑައިވް ކުރަން ދަސްކޮށްދިނުމުގެ އިތުރުން، ޑައިވް ކުރަން ދަސްކޮށްދޭ އިންސްޓްރަކްޓަރުންނަށް އިންސްޓްރަކްޓަރުކަންވެސް އޭނާ ކިޔަވައިދިނެވެ. ސެންޑީގެ ޒުވާން އިރުގެ ފޮޓޯއެއް: މިހާރު އޭނާ އަކީ ޑައިވިން ދާއިރާގެ ހޯލް އޮފް ފޭމްގައި ހިމެނޭ މީހެއް -- ފޮޓޯ/ ސެންޑީ ސެންޑީއާއި އޭނާގެ އަންހެނުން ޒުވާން އިރު -- ފޮޓޯ/ ސެންޑީ ދެ ހާހުގެ ކުރީ ކޮޅު ބޭރު މީހުން ހިސޯރުކޮށްފައި އޮތް ރާއްޖޭގެ ޑައިވިން ދާއިރާގެ ތެރެއަށް ދިވެހީން ވެއްދުމުގައި ސެންޑީގެ ހިއްސާ ވަރަށް ބޮޑެވެ. ހަމަައެކަނި ބޭރު މީހުން ޑައިވް ސެންޓަރު ހިންގި ދުވަސްވަރެއްގައި ސެންޑީ ބޭނުންވީ ދިވެހީން ހިންގާ ޑައިވް ސެންޓަރުތައް ހުރުމަށެވެ. ދިވެހީންނަށް ފުރުސަތުތައް ފަހި ކުރުމަށެވެ. އެހެންވެ، ދިވެހީން ހިންގާ ޑައިވް ސެންޓަރެއް ހެދުމުގެ ހުށަހެޅުމާ އެކު 2004 ވަނަ އަހަރު ސެންޑީ ހުރިހާ ރިސޯޓު އޯނަރުންނަށް ސިޓީ ފޮނުވި އެވެ. އެ ސިޓީއަށް ޖަވާބު ދިނީ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމެވެ. ސެންޑީގެ ހިޔާލު ކަމުގޮސްގެން ގާސިމް ވަކިން ކުންފުންޏެއް ރަޖިސްޓްރީކޮށް، ހޮލިޑޭ އައިލެންޑްގައި ޑައިވް ސެންޓަރެއް ހެދި އެވެ. އަދި އެތަން ސެންޑީއާ ހަވާލުކުރި އެވެ. އެއީ ރާއްޖޭގައި ދިވެހި ރިސޯޓު އޯނަރަކު ހިންގި ފުރަތަމަ ޑައިވް ސެންޓަރެވެ. އެފަހުން 2006 ވަނަ އަހަރު ސެންޑީގެ އެހީއާއެކު ގާސިމް ސަން އައިލެންޑުގައި އިންސްޓިޓިއުޓް އޮފް ވޯޓާސްޕޯޓްސް އެންޑް ހޮސްޕިޓާލިޓީ ޓްރެއިނިން ސެންޓާގެ ނަމުގައި ޑައިވިން ކިޔަވައިދޭ އިންސްޓިޓިއުޓެއްވެސް އުފެއްދި އެވެ. ފަހުން އެތަންވީ ވިލާ ކޮލެޖުގެ ފެކަލްޓީއަކަށެވެ. އެ ފެކަލްޓީގެ ޑީނަކަށްވީ ސެންޑީ އެވެ. ތިރީސް ހަތް އަހަރުގެ ކެރިއަރުގައި ސެންޑީ 1600އެއްހާ ޑައިވަރުން އުފެއްދި އެވެ. އޭނާ ކިޔަވައިދިން ބައެއް މީހުން ރާއްޖޭގެ ޑައިވިންގެ ދާއިރާގެ އެންމެ އުހަށް ގޮސްފި އެވެ. ކޯސްޓްގާޑުގެ ޑައިވިން ޔުނިޓު ހެދުމުގައިވެސް ސެންޑީ ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ކަނޑުއަޑީގައި ޑައިވްކޮށްގެން ބޭއްވި ކެބިނެޓު ބައްދަލުވުން އިންތިޒާމު ކުރުމުގައިވެސް އިސްކޮށް އުޅުނެވެ. އޭނާގެ ހިދުމަތަށްް ޓަކައި ރައީސުލްޖުމްހޫރިއްޔާގެ އިނާމާއި ޓޫރިޒަމް އެވޯޑްވެސް ލިބުނެވެ. ސެންޑީއަކީ ގިނަ އަދަދެއްގެ ޑައިވަރުން ތަމްރީނުކޮށްދީފައިވާ މީހެއް: ޑައިވިން ދާއިރާގައި ރާއްޖޭގެ އެންމެ ތަޖުރިބާ ހުރި އެކަކީ އޭނަ -- ފޮޓޯ/ ސެންޑީ ސެންޑީއަކީ ގިނަ އަދަދެއްގެ ޑައިވަރުން ތަމްރީނުކޮށްދީފައިވާ މީހެއް: ޑައިވިން ދާއިރާގައި ރާއްޖޭގެ އެންމެ ތަޖުރިބާ ހުރި އެކަކީ އޭނަ -- ފޮޓޯ/ ސެންޑީ ކިތަންމެ ލޯބިން ކުރި މަސައްކަތަކަސް މަސައްކަތުގެ ޕްރެޝަރު ވަކި ހިސާބަކުން ސެންޑީއާ އަރާ ހަމަކުރި އެވެ. ދުވާލެއްގެ މައްޗަށް 300 މީހުން މޫދަށް ބާލައިގެން އުޅޭ އިރު އެއިން މީހަކަށް ވެދާނެ ކަމަކާ މެދު އަބަދު ވިސްނަން ޖެހުން ވާން ފެށީ ބޮލުގެ ރިހުމަކަށެވެ. އެހެންވެ އޭނާ ނިންމީ އުމުރުން 50 އަހަރުވުމުން ރިޓަޔާ ކުރާށެވެ. އެއީ އޭނާއަށް 50 އަހަރުވާއިރު އޭނާގެ ދެ ދަރީން މާސްޓާސް ހަދައި ނިމޭނެތީ އެވެެ. އޭނާގެ ވިސްނުމަކަށްވީ ރިޓަޔާކޮށްގެން ކޮންމެވެސް ރާއްޖެ ތެރޭ ރަށަކަށް ގޮސް ހިތްހަމަޖެހިލައިގެން ދިިރިއުޅޭށެވެ. "އަސްލު ޕްރެޝަރު ވަރަށް ބޮޑު. އޭރު ގާތްގަނޑަކަށް ދުވާލަކު 300 މީހުން މޫދަށް އެބަ އެރޭ. އެރޭ އިރު ޒިންމާ ވަރަށް ބޮޑުވޭތާ. އެހެންވީމަ ސިކުނޑީގައި އަބަދުވެސް އިންނަނީ މީހަކަށް ކަމެއް ވެދާނެއޭ. މީހެއްގެ ފަރުވާ ކުޑަކަމުން މީހަކަށް ކަމެއް ވެދާނެ ކަމަށް ވިސްނާ، އެ ޕްރެޝާ ވަރަށް ހައި،" ސެންޑީ ކިޔައިދިނެވެ. ފީނައިގެން ހޯދި ފައިސާއިން ދަރިންނަށް ކިޔަވައިދީ ނިންމާލާފައި 2018 ވަނަ އަހަރު ސެންޑީ ރިޓަޔާ ކުރީ ވިލާގެ ޑައިވިން ކުންފުންޏާއި ފެކަލްޓީގެ ހުންގާނު އޭނާ އުފެއްދި ގާބިލު މީހުންނާ ހަވާލުކޮށްފަ އެވެ. އާ މަންޒިލަކަށް ފުޅަދޫ ދުވިސައްތައެއްހާ މީހުންގެ އާބާދީއެއް އޮންނަ ފުޅަދޫއަކީ ހިމަ ދިގުކޮށް އޮންނަ ކުޑަ ކުޑަ ރަށެކެވެ. ރަށް ހަނިކަމުން ކޮންމެ ތަނަކަށް ދިޔަޔަސް މޫދު ފެންނަން ހުންނާނެ އެވެ. ރީތި ފަޅެއް އަދި ބީޗެއް އޮންނަ އެ ރަށުގައި ދުއްވަނީ ދެތިން ސައިކަލެވެ. ރަށުގެ އަޑަކީ ގޮނޑުދޮށަށް ބީއްސާލާ ރާޅުގެ އަޑާއި، ޖެހޭ ރޯޅީގައި ރުއްގަހުގެ ފަތްތައް ތެޅޭ އަޑާއި، ދޫނިތަކުގެ ލަވަތަކެވެ. ރިޓަޔާވުމަށް ފަހު ބ. ފުޅަދޫގައި ރައްޓެއްސެއްގެ ޑައިވް ސެންޓަރެއް ހިންގުމުގެ ހުށަހެޅުން ސެންޑީއަށް ލިބުނެވެ. އެކަމަކު، އޭރު އޭނާގެ ވިސްނުން ހުރީ މަސައްކަތާ ދުރުގައި ހަމަޖެހިލައިގެން އުޅޭށެވެ. ތިރީސްހަތް އަހަރު ކުރި މަސައްކަތް އަނެއްކާވެސް ކުރާކަށް ބޭނުމެއް ނުވި އެވެ. އެހެންވެ ސެންޑީ އެ ފުރުސަތު ދިނީ އޭނާގެ ދަނބިދަރިފުޅަށެެވެ. އެއީވެސް ޑައިވަރެކެވެ. ސެންޑީގެ ދަނބިދަރިފުޅު އެ ފުރުސަތު ނަގައި އެ ދެމަފިރިން ދިރިއުޅުން ފުޅަދޫއަށް ބަދަލުކުރި އެވެ. ބ. ފުޅަދޫގައި ސެންޑީ ފަތްޖެހި ގޮނޑިއެއްގައި އޮވެ، ފޮތެއް ކިޔާލަނީ -- ފޮޓޯ/ ސެންޑީ "ގޫގަލްއިން 2010އިން ފެށިގެން ވަރަށް ބަލަން މި އޮތޮޅު. ވަރަށް ރީތި ކުޑަ ކުޑަ އަތޮޅެއް ވިއްޔާ. ގޮއިދު އަތޮޅު މިއީ. ބ. އަތޮޅު ނޫން މިއީ އަސްލު ގޮއިދު އަތޮޅު. ވަރަށް ރީތި ރަށްތަކެއް ހިމެނޭ ވަރަށް ރީތި ލެގޫނެއް އިންނަ އަތޮޅެއް ވީމަ،" ގޮއިދު އަތޮޅާ މެދު އޮތް ޝައުގުވެރިކަން ސެންޑީ ހިއްސާކުރި އެވެ. ސެންޑީ އެންމެ ފުރަތަމަ ފުޅަދޫއަށް ދިޔައީ ދަރިފުޅާއި ދަނބިދަރިފުޅަށް ޒިޔާރަތް ކުރާށެވެ. އޭނާ ބުނީ ހަމަ ރަށަށް އައި ދުވަހު އެ ރަށަށް ހިތްޖެހުނު ކަމަށެވެ. އޭނާގެ ބަހުން ނަމަ ރަށް ފެނިފައި ރީތިކަމުން "މޮޔަވީ" އެވެ. "އަޅުގަނޑު އައިސް ބަލާލި އިރު އަޅުގަނޑު މޮޔަވެއްޖެ މި ރަށް ފެނިފައި. އަބަދުވެސް ވިސްނަން ރިޓަޔާ ކުރާނީ ކޮންމެވެސް ރަށެއްގައޭ،" ސެންޑީ ކިޔައިދިނެވެ. "ދެން އަންހެނުންވެސް ވިޒިޓްކޮށްފި. ވިޒިޓްކޮށްފައި ބުނެފި އޭ މިތާގައޭ ދެން އުޅޭނީ. ގެއެއް ހޯދަން ވީ ނުންހޭ. ޑައިވިން ސްކޫލު ހިންގަން އެ ދެ މީހުން އެކަނި ބައިތިއްބާނެ ކަމެއް ނެތޭ،" ސެންޑީ އޭނާގެ އަންހެނުންނާއެކު: އޭނާ ބުނާ ގޮތުގައި ރަށުގައި މާ ހިތްހަމަޖެހިލައިގެން ދިރިއުޅެވޭ -- ފޮޓޯ/ ސެންޑީ ވަގުތުން ސެންޑީ ނިންމީ އޭނާގެ ދިރިއުޅުން ފުޅަދޫއަށް ބަދަލު ކުރާށެވެ. އެ ރަށުން ބިމެއް ހޯދަން ކުރި މަސައްކަތުން މީހަކު ވިއްކާލި ހުސް ބިންކޮޅެއް ލިބުނެވެ. އަދި މާލޭގައި ނަހަދާ ހުރި އޭނާގެ ގެ ކުއްޔަށް ދީގެން ލިބޭ ފައިސާކޮޅުން ފުޅަދޫއިން ގެއެއް ކުއްޔަށް ހިފި އެވެ. އެ ގެ ކުއްޔަށް ހިފީ ގަތް ބިމުގައި ގެއެއް އެޅެންދެނެވެ. މިހާރު އޭނާ ވަނީ ގެ އެޅުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ. އެތަން އިމާރާތްކުރަނީ ދަރިންކޮޅާއި، އާއިލާ މީހުންނާއި، ބޭރުގެ ރައްޓިހީންނަށް އައިސް ތިބެވޭނެހެން އިތުރު ކޮޓަރިތަކާއެކު އެވެ. ސެންޑީމެން މިހާރު އުޅެނީ ބީޗު ފްރަންޓުގައި ހުންނަ ގެއެއްގަ އެވެ. ކުޑަދޮރު ހުޅުވާލާ ބަލާލީމާ ފެންނަން ހުންނަނީ އޭނާ އެންމެ ލޯބިވާ މޫދެވެ. "މިތާ ކުޑަދޮރު ހަމަ ހުޅުވާލީ އެހެރަ ފެންނަނީ ކާށިދޫ ކަނޑުގެ ރާޅުތައް،" ހަޔާތުން ދުވަހެއް: ސެންޑީގެ ކަަމަކީ މަސް ބޭނުން މިހާރުވެސް ކޮންމެ ދުވަހަކު ސެންޑި ހޭލަނީ ފަތިސް ނަމާދަށެވެ. ނަމާދުކޮށްލައިގެން އެނާ ދަނީ ހިމަ ކަންވާރެއްގައި ކުޑަ ބުޅިއެއް ހަރުކޮށްގެން، ގޮޅައެއް ނަގައިގެން ރަށުގެ ތުނޑިއާ ދިމާލުން ހުންނަ އާނުގަނޑު ކޮޅަށެވެ. އެތަނުން ފުރަތަމަ ހިކައެއް ބާނާފައި ހިކާ، އަޅާފައި ކަންވާރު އެއްލައިގެން ހަންޖެއް ބޭނޭތޯ ބަލަ އެވެ. އެއީ މެންދުރުގެ ކެއުމަށެވެ. "ހެނދުނު އަޅުގަނޑު ބޭނުންވޭ މެންދުރަށް ފްރިޖަށް ނުލާ މަހެއް ކާން،" ސެންޑީ ބުންޏެވެ. މަސް ބޭނުމަކީ ސެންޑީ އެންމެ ގަޔާވެގެން ކުރާ އެއްކަން: އިރު އަރާ އިރާއި އިރު އޮއްސޭ އިރު އޭނާ އުޅޭނީ މަހެއް ބޭނޭތޯ -- ފޮޓޯ/ ސެންޑީ "އަންހެނުން ހިތްހަމައެއް ނުޖެހޭނެ. ދެން މިހާރު ފްރިޖު ފުރިއްޖެއޭވެސް ބުނާނެ. ފުރިޖަށް އަޅާފައި މާލެއަށް ފޮނުވަން މީހުންނަށް ފުޅިމަދު ފޮށިގަނޑުގައި. ފްރިޖު ހުސްކޮށްލަން ޖެހޭނެއެއްނު އެހެންނޫނީ މަހަކަށް ނުދެވޭނެ. ބައެއް ދުވަސް ދުވަހު މަނާ ވާނެ މަހަށް ދިޔުން. ފްރިޖު ފުރުނީމަ މަނާވެފައި އޮންނަނީ މަހަށް ދިޔުން،" ސަމާސާ ރާގަކަށް ސެންޑީ ކިޔައިދިނެވެ. ގަޑިން 10އެއް ޖަހާލާއިރު، ސެންޑީ ގެއަށް ފެން ގެނެސް، ކުނި ކަހާލައި ފެން ފޮތިލާ ހަދަ އެވެ. މެންދުރު ނަމާދުކޮށްލައިގެން، ކައިގެން، މެންދުރު ފަހު ވަރުބަލި ފިލުވާލަން ޖައްސާލަނީ އެވެ. ރޯދަ ނޫނިއްޔާ ހަވީރު އާއިލާ ދާނީ ހިނގާލާށެވެ. ގޮސް ބީޗުގައި ހިނގާލައި ޖޯލިތަކުގައި އަނގަތަޅާލާ ހަދަ އެވެ. އެ ހިނގާލުންތަކުގައި ސެންޑީމެން ގެންގުޅޭ އުމުރުން 18 އަހަރުވެފައިވާ އެފްރިކަން ގްރޭ ގުރާވެސް ބައިވެރިކުރެ އެވެ. ސެންޑީ އޭނާގެ އެފްރިކަން ގްރޭ ޕެރޮޓާ އެކު ފުޅަދޫގެ ބީޗެއްގައި -- ފޮޓޯ/ ސެންޑީ މަސް ބޭނުމަކީ ސެންޑީ އެންމެ ގަޔާވެގެން ކުރާ އެއްކަން: އިރު އަރާ އިރާއި އިރު އޮއްސޭ އިރު އޭނާ އުޅޭނީ މަހެއް ބޭނޭތޯ -- ފޮޓޯ/ ސެންޑީ "ދެން އެހެންނޫނިއްޔާ ހަމަ އަނެއްކާވެސް މަހެއް ބާނަން ހުންނާނީ ހަމަ އިރު އޮއްސޭ ދަޅައިގައި ގުމްބަޅަ ބޭނުމުގައި ނޫނީ އެކަލަ ކަމެއްގައި އުޅޭނީ. ފްރިޖު ނުފުރެންޏާ،" ހިނިގަނޑެއް ޖަހާލާފައި ސެންޑީ ކިޔައިދިނެވެ. އަދިވެސް މޫދުގެ ރީތިކަން މީހުންނަށް ދެއްކުން އޭނާ މުޅިން ހުއްޓައެއް ނުލަ އެވެ. ދަނބިދަރިފުޅު ޗުއްޓީއަށް ގޮސްލާ ދުވަަސްތަކުގައި ގެސްޓުންނާއެއްކޮށް ޑައިވްވެސް ކުރެ އެވެ. "ގެސްޓް މީހާއާ އެއްކޮށް ޑައިވްކޮށްލާފައި ހަވީރު އޭނާއަށް ސައިބޯން އިންވައިޓްކޮށްލީމަ ވަރަށް އަރާމު އަސްލު ލައިފްސްޓައިލް،" ސެންޑީ ބުންޏެވެ. މީހުން މާ ހެޔޮ، މާ ދުޅަހެޔޮކޮށް އުޅެވޭ ސެންޑީ ފުޅަދޫއަށް ދިރިއުޅުން ބަދަލު ކުރީ ހަމައެކަނި އެ ރަށުގެ ރީތި ކަމުންނެއް ނޫނެވެ. ރަށުގެ ރައްޔިތުންގެ ހިތްހެޔޮކަމާއި ރީތި ސިފައަކީ ވެސް އެ ނިންމުމުގެ ފަހަތުގައި އޮތް ސަބަބެކެވެ. އޭނާ ކިޔައިދިން ގޮތުގައި އަވަށްޓެރިން ކައްކާ ރިހަފޮދުވެސް އެކަކު އަނެކަކާ ހިއްސާކޮށް އުޅެ އެވެ. މަސް ބާނަން ގޮސްފިއްޔާ ބޭނި މަހެއް ދިއްކޮށްލާނެ އެވެ. ސެންޑީ ފުޅަދޫގެ ރައްޔިތުންތަކަކާ އެއްކޮށް ނަގާފައިވާ ސެލްފީއެއް: އޭނާ ބުނީ އެ ރަށު މީހުންނަކީ އާދައާ ހިލާފަށް ހެޔޮ ބައެއް ކަމަށް -- ފޮޓޯ/ ސެންޑީ "އަސްލު ވައިފްވެސް އަޅުގަނޑުވެސް ޗޫޒް ކުރި އެއް ސަބަބަކީ ރަށުގެ ރައްޔިތުން. ރަނގަޅު ހެޔޮ ރައްޔިތުން،" ސެންޑީ ކިޔައިދިނެވެ. "މަގުމައްޗަށް ނުކުމެއްޖެއްޔާ މި ރަށުގައި އަންނާނީ ކޮންމެވެސް ގެއަކުން، ކުންނާރު ނޫނީ، ހަމަ ކޮންމެ މީހަކުވެސް ކޮންމެވެސް އެއްޗެއް ދިއްކޮށްލާނެ. އެންމެންވެސް ބުނާނެ ހަމަ ކާ އެއްޗެއް ނުލިބިފައި ނުހުންނައްޗޭ. އެއީ ދެއްތޯ އެންމެ މުހިންމު ކަމަކީ. މީހުން ވަރަށް ހެޔޮ. އާދައާ ހިލާފަށް،" ސިއްހަތު ރަނގަޅު ދިރިއުޅުމުގެ ވައްޓަފާޅިއެއް ގެންގުޅެވުމަކީ ސެންޑީއަށް ވަރަށް މުހިންމު ކަމެކެވެ. އެފަދަ ދިރިއުޅުމެއް އުޅެން ފުރުސަތު ލިބޭ އެއް ސަބަބަކީ ރަށުގެ ވަލުތެރެއިން ހިތަށް އެރިހާ ފަތްޕިލާވެއްޔެއް ލިބެން ހުރުމެވެ. މާބުޅާ ފަތާއި މައްސާގު ފަތާއި ކުއްޅަފިލާފަތް ފަދަ ފަތްތަކެވެ. "ހުރިހާ ވައްތަރުގެ ދިވެހިރާއްޖޭގައި ހެދޭ ފަތްތައް ވައިލްޑުގައި އެއްވެސް ޕެސްޓިސައިޑެއް ނުޖަހާ އެހެރީ ލިބެން. ކާންވީމަ ގޮސް ދެ މިނެޓުން ހިނގާލާފައި ގޮސް މާބުޅާ ފަތްކޮޅެއް ބިނދެލައިގެން ނޫނީ ދިގުތިޔަރު ނޫނީ ކޮންމެވެސް ފަތްކޯޅިއެއް ބިނދެލައިގެން އައިސް ކާންވީ. ހަގީގަތުގައި ހެލްތީ ލައިފްސްޓައިލެއްވެސް އުޅެން ޖެހޭ ދެއްތޯ 50އަށް ވުރެ މައްޗަށް ދިޔައިމަ،" ސެންޑީ ބުންޏެވެ. ސެންޑީ އޭނާގެ އަންހެނުންނާ އެކު ސްނޯކަލް ކުރަނީ -- ފޮޓޯ/ ސެންޑީ ސެންޑީ ފުޅަދޫގެ ކުޑަކުއްޖަކާ އެއްކޮށް ނަގާފައިވާ ފޮޓޯއެއް: އޭނާ ބުނީ އެ ރަށުގެ ދިރިއުޅުން މާ ހިތްހަމަޖެހޭ ކަމަށް -- ފޮޓޯ/ ސެންޑީ ސެންޑީ ބުނީ، މާލޭގައި އުޅޭ އިރު އަހަރަކު ދެތިން ފަހަރަކު ހުމެއް ޖެހޭނެ ކަމަށެވެ. ނަމަވެސް ފުޅަދޫގައި އެކަހަލަ ގޮތަކަށް ބަލި ނުވާ ކަމަށްވެސް އޭނާ ކިޔައިދިނެވެ. ފުޅަދޫގައި އުޅޭތާ ދެ އަހަރުވެފައިވާއިރު ސެންޑީ ބުނީ އެ މުއްދަތުގެ ތެރޭގައި ނަފްސާނީ ގޮތުންވެސް ޖިސްމާނީ ގޮތުންވެސް ދުޅަހެޔޮވެ ކުރިއަށްވުރެ ޒުވާންވެއްޖެހެން ހީވާ ކަމަށެވެ. ބައްޕަގެ ފިޔަވަޅުމަތީ އިނގިރޭސި ނޫހަކަށް ސެންޑީގެ ބައްޕަ އިސްމާއިލް ރަޝީދު ދީފައި އޮތް އިންޓަވިއުއެއް ބައްޕަ ނިޔާވި ފަހުން ސެންޑީއަށް ފެނުނެވެ. އެ ނޫހުގެ ނޫސްވެރިޔާ ސެންޑީގެ ބައްޕައާ ކުރި ސުވާލަކީ ފަތުރުވެރިކަމުން އެތައް ފައިސާއެއް ލިބޭ އިރު، އެނބޫދޫފިނޮޅުގައި ފަތުރުވެރިކަން ނުކޮށް، އެ ރަށް ދޫކޮށްލީ ކީއްވެތޯ އެވެ. ސެންޑީގެ ބައްޕަ ދިން ޖަވާބަކީ ތިމަންނާއަށް އެ ރަށުގައި ލުނބޯއެއްގެ މިންވަރުވެސް ނުހެއްދުނު ކަމަށެވެ. އެނބޫދޫފިނޮޅު ދޫކޮށްލާފައި ސެންޑީގެ ބައްޕަ ހޯއްދެވީ ށ. އެރިޔަދޫ އެވެ. އެނބޫދޫފިނޮޅުގައި ނުހެއްދުނު އެތަކެއް ތަރުކާރީއަކާއި މޭވާއެއް އެ ރަށުގައި އޭނާ ހެއްދެވި އެވެ. އެކަމުންވެސް އެނގެނީ ދަނޑުވެރިކަމަށް ސެންޑީގެ ބައްޕަ ހުރި ލޯބި ކަމަށް ސެންޑީ ބުންޏެވެ. ސެންޑީގެ ބައްޕަ ށ. އެރިޔަދޫގައި ހެއްދި ދަނޑުގައި: މި ރަށަށް ކުޑަ އިރު ކުރި ދަތުރުތައް ސެންޑީ އަދިވެސް ހަނދާން ހުރޭ -- ފޮޓޯ/ ސެންޑީ "އެ ރަށުގައި ވަރަށް ގަދައަށް ބައްޕަ ދަނޑު ހެއްދެވި. ލަންކާއާއި އިންޑިއާއިންނާއި އެތައް މިތަނުން މުޑުވަށް ގެނެސްގެން. ދެން ލުނބޯ ހެއްްދެވި ވަރަށް ގަދައަށް. މުޅި ށ. އަތޮޅުގައި ހުންނާނެ މި ހުންނަނީއެއްނުން ލައިމް؟ އެއީ ބައްޕަ ގެންނެވި މުޑުވަކެއް،" ސެންޑީ ކިޔައިދިނެވެ. "މުޅި ރަށުގެ ވަލު ތެރޭގައާ އެއްކޮށް ފޭރާއި ލުނބޮއާ އެއްޗެހި ހައްދަވައި، މިރުހާއި ކަރައާއި، ކިއުކަމްބާއާއި، އެ ހުރިހާ ކަމެއް ކުރެއްވި،" ބައްޕަ ކުރެއްވި މަސައްކަތް މިހާރު ސެންޑީވެސް ފަށައިފި އެވެ. މި ފަހުން ފުޅަދޫގެ ކޮންމެ ގެވަޅަކަށް ދަނޑުބިމެއް ދޫކުރި އިރު ސެންޑީވެސް ދަނޑުބިމެއް ހޯދި އެވެ. ގޭގައި މަދު މަދުން އެއްޗެހި ހެއްދިޔަސް އެ ދަނޑުބިން ލިބުމުން އެކަން މާ ބޮޑަށްވެސް ފުޅާކޮށް ކުރުމުގެ ފުރުސަތު އޭނާއަށް ލިބިއްޖެ އެވެ. ސެންޑީގެ ދަނޑުގައި އޭނާ މިހާރު ބަރަބޯ ވެލާއި، ދޮންކެޔޮ ގަސް އިންދައިފި އެވެ. އަދިވެސް އިތުރު އެއްޗެހި އިންދަން ބޭނުން ކަމަށް އޭނާ ބުންޏެވެ. އެކަމަކު އެކަން ނުކުރެވިގެން އުޅެނީ، ކޮރޯނާވައިރަހާ ގުޅިގެން ހިންގަމުންދާ ފުރަބަންދުގެ ސަބަބުން އޮށް ލިބުން ލަސްވާތީ އެވެ. ޒުވާރިއާއި ބިންބި ހައްދަންވެސް އޭނާ ބޭނުންވެ އެވެ. ބިންބި ހައްދަން ބޭނުންވަނީ ކާފަ ދަރިއަކު ލިބެންވާއިރަށެވެ. އެއީ ކުރީ ޒަމާނުގައި ކުޑަކުދިންނަށް ބިންބި ކާންދިންހެން ކާން ދޭން އޭނާ ބޭނުންވާތީ އެވެ. ސެންޑީ ފުޅަދޫގައި އޮންނަ އޭނާގެ ދަނޑު ސާފު ކުރުމުގެ މަސައްކަތުގައި -- ފޮޓޯ/ ސެންޑީ "ޒީރޯގައި ދިރިއުޅުން އަޅުގަނޑުގެ ގޯލްއަކީ، ފައިސާ ބޭނުން ނުކޮށް. ޒުވާރިކޮޅު ހެއްދިއްޖެއްޔާ އަޅުގަނޑު ބޭނުމީ ފުއް އުފައްދަން. ހަކުރު އުއްދަނޑިން މި ރިސާޗް ކުރަނީ ހަކުރު އުފައްދާނެ ގޮތެއް. އެހެންނޫނިއްޔާ ރުކުރަލުން ހަކުރު އުފައްދަން ދަސްވީމަ ހަކުރުގެ ބާވަތް އެ ލިބުނީ. އެ ހިސާބުން ދެން ނުޖެހޭނެ ދެއްތޯ ހަރަދުކުރާކަށް،" ސެންޑީ ކިޔައިދިނެވެ. "އަޅުގަނޑުމެން ދުނިޔެއަށް ފޮނުއްވި ސަބަބަކީ ފައިސާާއެއް ނޫން ދެއްތޯ. ފައިސާ އަކީ މުޅިން މީހާ ހަލާކުވެގެންދާ އެއްޗެއް ކަމަށް އަޅުގަނޑަށް ދަސްވީ،" މިހާރު ސެންޑީ މާލެ ގޮސް އުޅެނީ، އެހެން އުޅެލާފައި ވިލާ ކޮލެޖުގައި ލެކްޗާއެއް ދޭން ދާ ދުވަހެއްގަ އެވެ. ނޫނީ މަންމަ ގާތަށް ޒިޔާރަތް ކުރާށެވެ. އޭނާ ބުނީ، މާލެދާ ކޮންމެ ފަަހަރަކު ހުންނަނީ ރަށަށް އަންނަން ލަސްވެފައި ކަމަށެވެ. "ގޮސްފައި ނުވޭ ގަޑިއެއްހާއިރުވެސް ހުންނަ ހިތެއް. މިހާރު ފީލްވޭ މި ރަށުގައި ދެ އަހަރު އުޅެފައި މާލެ ދިޔައިމަ ވަރަށް ބޮޑަށް ފީލްވޭ، އިޓްސް އަ ބިގް މެސް. އިޓްސް އަ ޖަންކް، އިޓްސް އަ މެސް. މެންޓަލީ ވެސް ފިޒިކަލީވެސް ބަލިވޭ."
ރިޓަޔާކޮށް ސެންޑީ ރަށްފުށަށް، މި ދިރިއުޅުން މާ ހިތްފަސޭހަ
ރަހަމީރު ހެދިކާގެ އެކި ބާވަތްތަކުގެ ތެރެއިން ފުއްޖެހި ކަވާބަކީ ގިނަބަޔަކަށް އެއާ ނުލާ ރޯދަމަހެއް ފުރިހަމަވާނެ އެއްޗެއް ނޫނެވެ. ހަރު، މުރަނަ ގުޅަ ބަޖިޔާތަކާއި ދުރު ކަވާބުގެ އާއިލާއަށް ނިސްބަތްވާ މި ފުއްޖެހި ކަވާބަކީ ވެސް މާގިނަ ވައްތަރުގެ ބާވަތްތަކެއް ބޭނުންނުކޮށް ތައްޔާރުކޮށްލެވިދާނެ މީރު ހެދިކާއެކެވެ. މަރިޔަމް އަހުމަދު ޑޮކްޓަރަކަށްވުމުގެ ހުވަފެން ހަގީގަތަކަށް ހެދުމުގައި ވަރަށް ބުރަކޮށް އުޅެމުންވެސް ސަން ބަދިގެއަށް ހިއްސާކޮށްލާ ރެސިޕީތަކުން މަރީވީއެމްއެމްގެ ކެއްކުމުގެ ކުޅަދާނަކަން އަހަރެމެންނަށް ދައްކައިދެއެ ވެ. މިފަހަރުވެސް މިއޮތީ އެފަދަ މީރު ރަހައެކެވެ. ފުށްޖެހި ކަވާބުގެ މިރެސިޕީ އަޅެ ތައްޔާރުކޮށްލަބަލާށެވެ. ބޭނުންވާތަކެތި: މަސްގަނޑު ތައްޔާރުކުރުމަށް 1 ޖޯޑު ފިޔާ (ކޮށާފައި) 4 ބިލިމަގު 2 ކޯޅި ހިކަނދިފަތް 4 އިންޗި ރާނބާފަތް 1 ގިތެޔޮ މިރުސް (ބޭނުމިއްޔާ ގިތެޔޮ މިރުހެއްގެ އެއްބައިވެސް ބޭނުންކުރެވިދާނެ) 1 ދަޅު މަސް 1 ގަނޑު ވަޅޯމަސް (މޮޑެލާފައި) ލޮނު (ރަހަލާވަރަށް) އަސޭމިރުސް (ރަހަލާވަރަށް) 1 ލިބޯގެ ހުތް 6 އަލުވި ( ކުދި ސައިޒް، ފެނު ކައްކާފައި) ފުށްގަނޑު: ކަވާބު ކޯޓްކުރުމަށް 1 ޖޯޑު ފުށް 1 ސައިސަމުސާ ބޭކިންގ ޕައުޑަރ 1/2 ސައިސަމުސާ ލޮނު 1/3 ސައިސަމުސާ ރީނދޫ 3/4 ޖޯޑު ފެން ތައްޔާރުކުރާނެގޮތް: ފެނުކައްކާފައި ހުރި އަލުވިތައް ރަނގަޅަށް ޗަސްކޮށްލާށެވެ. ނުވަތަ މޭޝްކޮށްލަންވީއެވެ. ތަވައެއްގައި ކުޑަ ތެޔޮފޮދެއް ލުމަށްފަހު ފިޔާ، ބިލިމަގު، ރާނބާފަތް އަދި ހިކަނދިފަތްކޮޅު، ރަހަލާވަރުގެ ލޮނުކޮޅެއް އެޅުމަށްފަހު ރަނގަޅަށް ވަޅޯކޮށްލާށެވެ. ފިޔާތައް ރަނގަޅަށް މޯޅިވެލުމުން ވަޅޯމަސްކޮޅު އަދި ދަޅުމަސް އަޅަންވީޢެވެ. އަދި ގިތެޔޮ މިރުހާއި އަސޭމިރުސްވެސް އެއްކޮށްލަންވާނެއެވެ. އުނދުންމަތިން ތަވާ ބޭލުމަށްފަހު ޗަސްކޮށްފަ ހުރި އަލުވިކޮޅާއި އެއްކޮށްލާށެވެ. އަލުވިކޮޅު މިކްސްކޮށްލާއިރު ލިބޯހުތްފޮދުވެސް އެއްކޮށްލާށެވެ. ފުށްޖެހި ކަވާބުގެ މަސްގަނޑު ތި ތައްޔާރުކޮށްލެވުނީއެވެ. އަވަހަށް ކުދިކޮށް ގުޅަ ޖަހާލާ، ކަވާބުތައް ކޯޓްކޮށްލަން ރެޑީކޮށްލާށެވެ. ކަވާބުތައް ކޯޓްކުރުމަށް ފުށްގަނޑު ތައްޔާރުކުރުމަށް، ފުށާއި ބޭކިންގ ޕައުޑަރ އަދި ލޮނާއި ރީނދޫ ކުޑަ ބޯތައްޓެއްގައި މިކްސްކޮށްލާށެވެ. އެއަށްފަހު ފެން އަޅަމުން މިކްސްކުރަމުން ގެންދާށެވެ. ކަވާބުތައް ފުށްގަނޑުގައި ރަނގަޅަށް ކޯޓް ކޮށްލުމަށްފަހު ތެލަށްއަޅާލާށެވެ. މިއީ ރޯދަވީއްލާ ގަޑީގައި ހޫނު ކަޅުސައިތައްޓަކާއެކު ހަމަ ވަރަށް ކަމުދާނެ ހެދިކާއެކެވެ.
މި ރޯދަމަހު ފުއްޖެހި ކަވާބު ތައްޔާރުކޮށްފިންތަ؟
ސިވިލް ކޯޓުގެ އަމުރެއްގެ ދަށުން ރާއްޖޭގައި އޮސްޓްރިއާ މީހަކު ކަރަންޓީން ކޮށްފި އެވެ. އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގައިވާ ގޮތުން ގައިން ގަޔަށް އަރާ ބައްޔެއް ހުންނަ މީހުންނާއި އެފަދަ ބައްޔެއް ހުރެދާނެ ކަމަށް ބެލެވޭ މީހުން ވަކި ކަމެއް ނުކުރަން ނުވަތަ ވަކި ކަމެއް ކުރަން ކަމާ ބެހޭ ފަރާތްތަކަށް އެންގިދާނެ އެވެ. އެކަމަށް ދެކޮޅު ހަދައިފި ނަމަ ސިވިލް ކޯޓުން ނެރޭ އަމުރެއް ފުލުހުން ތަންފީޒް ކުރަން ޖެހޭނެ އެވެ. ސިވިލް ކޯޓުން ބުނީ، ރޭ މެންދަމު ކަރަންޓީނަށް ދިއުމަށް ދެކޮޅުހެދި އޮސްޓްރިއާގެ ރައްޔިތެއްގެ މައްޗަށް ކަރަންޓީނަށް ދިއުމަށް އެންގުމާ އެކު އެމީހާ ކަރަންޓީން ފެސިލިޓީއެއްގައި ބަންދުކުރުމަށް އެކަމުގައި ޝާމިލްވާ ފަރާތްތަކާއި ފުލުހުންގެ މައްޗަށް ކޯޓު އަމުރެއް ނެރެފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ސިވިލް ކޯޓުން ދީފައެއް ނުވެ އެވެ. މީގެ ކުރިން ވެސް ސިވިލް ކޯޓުން ވަނީ ދެ މީހަކު ކަރަންޓީން ކުރުމަށް ކޯޓު އަމުރެއް ނެރެފަ އެވެ. ނަމަވެސް އެއީ ދެ ދިވެހިންނެވެ. އަދި ބިދޭސީއަކު ކަރަންޓީން ކުރުމަށް ކޯޓުން އަމުރެއް ނުރުނު މިއީ ފުރަތަމަ ފަހަރެވެ. މިހާތަނަށް ރާއްޖެއިން 214 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު، އިއްޔެ އެކަނި ވެސް ޕޮޒިޓިވް 73 ކޭސް ވަނީ ދެނެގަނެވިފަ އެވެ.
ކޯޓު އަމުރެއްގެ ދަށުން ރާއްޖޭގައި އޮސްޓްރިއާ މީހަކު ކަރަންޓީން ކޮށްފި
ޕާކިސްތާނުގެ ކަރާޗީގެ ޖިނާހް އިންޓަރނޭޝަނަލް އެއަރޕޯޓް ކައިރިއަށް އެގައުމުގެ މަތިންދާބޯޓެއް ވެއްޓި، އެއިން ދަތުރުކުރި މީހުން މަރުވުމާ ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ޕާކިސްތާނުގެ ފޮރިން މިނިސްޓަރ މަހްދޫމް ޝާހް މަހްމޫދު ގުރޭޝީއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. މިނިސްޓަރ ޝާޙިދުގެ މެސެޖްގައި، މަތިންދާބޯޓު ވެއްޓުނު ހަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށް ވިދާޅުވެ، ހިތާމައިގެ މިދަނޑިވަޅުގައި ޕާކިސްތާނު ސަރުކާރާއި ރައްޔިތުންނަށް ދިވެހި ސަރުކާރާ ރައްޔިތުންގެ ނަމުގައި ތައުޒިޔާ ދަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ. އަދި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދު ކޮށްދެއްވުމަށްވެސް މިނިސްޓަރ ޝާހިދު ވަނީ އެދިވަޑައިގެންފައެވެ. ޕާކިސްތާނުގެ މީޑިއާތަކުން ބުނީ، ޕާކިސްތާނުގެ ގައުމީ އެއާލައިން ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ)ގެ ފްލައިޓް ޕީކޭ-8303 ފްލައިޓް ވެއްޓުނީ 99 ފަސެންޖަރުންނާއި އަށް ކްރޫއިންނާ އެކު ދަތުރު ކުރަމުން ދަނިކޮށެވެ. އެއީ، ޕާކިސްތާނުގެ ލާހޯރުން ކަރާޗީއަށް ދަތުރުކުރަމުން ދިޔަ ފްލައިޓެކެވެ. ޕާކިސްތާނުގައި ކޮވިޑް-19ގެ ސަބަބުން ވައިގެ ދަތުރުފަތުރުތައް މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ފެށުނުތާ އަދި މާ ގިނަ ދުވަސްތަކެއް ނުވެ އެވެ. މަތިންދާބޯޓު ވެއްޓުނު ހާދިސާ މި ހިނގީ އެގައުމުގައި ގިނަ ބަޔަކު ރޯދަ މަސް ނިމުމާއި އީދު ފާހަގަކުރުމަށް އާއިލާ އަދި އެކުވެރިން ކައިރިއަށް ދިޔުމަށް ދަތުރުކުރަމުންދާ ދުވަސްވަރަކާ ދިމާކޮށެވެ. ޕާކިސްތާނަކީ ވައިގެ ދަތުރުފަތުރުގެ ކަންކަމުގައި އާދައިގެ މިންވަރެއްގެ ސަލާމަތީ ރެކޯޑެއް އޮންނަ ގައުމެކެވެ. އެގޮތުން 2016 ވަނަ އަހަރުވެސް ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންގެ ފްލައިޓެއްގައި އަލިފާން ރޯވެ އިންޖީން ހަލާކުވެގެން ވަނީ ވެއްޓިފަ އެވެ. އެ ހާދިސާގައި 40 މީހަކު ވަނީ މަރުވެފަ އެވެ.
ޕާކިސްތާނު ފްލައިޓު ވެއްޓުމާ ގުޅިގެން މިނިސްޓަރު ޝާހިދުގެ ތައުޒިޔާ
ރޯދަމަހުގެ ފަހުދިހައިގެ ރޭތަށް މިއީ ސަވާބާއި ދަރުމައިން ފުރިގެންވާ ދުވަސްތަކެވެ. މިި ދުވަސްތަކަކީ އަޅުގަނޑުމެން ގަދައަޅައި ލައިލަތުލް ގަދުރީގެ ސަވާބު ލިބިގަތުމަށް މަސައްކަތް ކުރަންވީ ވަގުތެވެ. އެހެންނަމަވެސް މިފަދަ މަތް ރެއެއްގެ ފުރިހަމަ ދަރުމައާއި ޘަވާބު ހޯދަން އަމަލުކުރަންވީ ކިހިނެއްހެއްޔެވެ. ނަމާދު ނުކުރެވޭ ހައިޟުވެރިޔާއަށްވެސް އެރޭގެ މަތިވެރި ޘަވާބު ހޯދުމަށް ކުރެވިދާނެ ވަކި ކަމެއް އެބައޮތްހެއްޔެވެ؟ އުސްތާޒާ ސާމިޔާ ޒަކަރިއްޔާ އާއި އެކު މި ގެނެސްދޭ ރޯސަ ސުންބުލީގެ މިއަދުގެ މައުޟޫއަކީ މިއީއެވެ. ސ:ލައިލަތުލް ގަދްރިވިލޭރޭގެ ދަރުމަ ހޯދުމަށް މަސައްކަތްކުރާނީ ކިހިނެއް؟ ޖ: ލައިލަތުލްޤަދްރި ވިލޭރޭ މިއަންނަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ އޮނަހިރި ވިލޭރެއެއްގައެވެ. އެއީ ކޮން ރެއެއް ކަމެއް ކަނޑައެޅިގެން ބުނަން ނޭގުނު ނަމަވެސް ޡާބިތުވެގެންވަނީ އެއީ އޮނަހިރި ރެއެއްކަމުގައެވެ. އެހެންވީމަ އެންމެ ރަނގަޅު ގޮތަކީ ރަމަޟާން މަހުގެ ފަހު ދިހަ އެއްކޮށް އަޅުގަނޑުމެން އެ ރޭގެ މާތްކަން ހޯދުމަށް މަސައްކަތް ކުރުމެވެ. އެ ރެއަކީ 1000 މައްސަރަށް ވުރެ ހެޔޮކަން ބޮޑު ރެއެކެވެ. އަޅުގަނޑުމެންނަށް ވަނީ ގިނަގިނައިން ޛިކުރު ކުރުމާއި ދުޢާ ކުރުމާއި އަދި ޙައިޟުވެރިޔާއަށް ވެސް އެރޭގެ މާތް ކަން ހޯދުމަށް މަސައްކަތް ކުރެވޭނެއެވެ. އެގޮތުން މާތް ނަބިއްޔާ ވަނީ ޢާއިޝާ ގެ ފާނަށް ލައިލަތުލްޤަދްރި ވިލޭރޭ ކިޔުމަށް ދުޢާއެއް ދަސްކޮށްދެއްވާފައެވެ. މި ދުޢާ ވެސް ގިނަގިނައިން ކިޔިދާނެއެވެ. އަދި އޭގެ އިތުރުންވެސް ގިނަގިނައިން ޤުރުއާނު ކިޔަވައި ޛިކުރުކޮށް ދުޢާ ކުރުމުން އެރޭގެ ޘަވާބާއި ދަރުމަ އަޅުގަނޑުމެނަށް ލިބިގެންދާނެއެވެ.
ލައިލަތުލް ގަދްރިވިލޭރޭ ހާސިލް ކުރާނީ ކިހިނެއް؟
ވީޓީވީ ހިންގާ ކުންފުނި، އައިލެންޑް ބްރޯޑްކާސްޓިން ކޮމްޕެނީ (ވީމީޑީއާ)ގެރިހާ އޮޕަރޭޝަނެއް ވަގުތީގޮތުން ހުއްޓާލަން ޖެހިދާނެ ކަމަށް ކުންފުނީގެ މުވައްޒަފުންނަށް އަންގައިފި އެވެ. ވީޓީވީގެ އިތުރުން ވީމީޑިއާގެ ދަށުން ދެން ހިންގަމުން އަންނަނީ ވީނިއުސްއެމްވީ، ވީކްލީ މެގަޒިން އަދި މިއަދު ޑެއިލީ އެވެ. ވީމީޑީއާ އިން މިއަދު މުވައްޒަފުންނަށް ފޮނުވި ސާކިއުލާއެއްގައި ބުނީ ކޮރޯނާވައިރަހުގެ ބަލިމަޑުކަމާއެކު، އެ ކުންފުނީގެ މައި ކުންފުނި، ވިލާ ގުރޫޕު ކުންފުންޏަށް ޓުއަރިޒަމް ސިނާއަތުން ވަންނަމުން ދިޔަ އާންމުދަނީ އެއްކޮށް ހުއްޓިފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ވީމީޑީއާގެ ހިންގުމަށާއި މުވައްޒަފުންނަށް މުސާރަ ދިނުމުގައި ވަރަށް ބޮޑު ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެހެންކަމުން، މި ހާލަތުގައި ކުންފުނީގެ ހުރިހާ އޮޕަރޭޝަންތައް ވަގުތީ ގޮތުން ހުއްޓާލަން ޖެހިފައިވާ ހާލަތަކަށް އައިސްފައިވާ ކަމަށް ސާކިއުލާގައިވެ އެވެ. "މިހާލަތުގައި ކުންފުނި ދެމެހެއްޓުމަށް ކުރެވުނު މަސައްކަތުން، އާމްދަނީ އިތުރުކުރެވޭނެ އެއްވެސް އަލި މަގެއް މިހާތަނަށް ފެނިފައި ނުވާތީވެ، ކުންފުނީގެ އޮޕަރޭޝަންސް ވަގުތީގޮތުން ހުއްޓާލަން ޖެހޭ ދަރަޖައަށް ކަންކަން ގޮސްފައިވާކަން ހިތާމައާއެކު ދަންނަވަމެވެ" ކުންފުނީގެ ހުރާ މުވައްޒަފުންނަށް ފޮނުވި ސާކިއުލާގައި ބުންޏެވެ. ސާކިއުލާގައި ބުނީ، ކުރިން ކަނޑައަޅާފައިވާ ގޮތަށް މުސާރަ ވަކިވަރަކަށް އުނިކޮށްގެން ވެސް، މުސާރަ ދެވޭނެ އެއްވެސް ގޮތެއް ނެތުމާއެކު އެޕްރީލް، މެއި އަދި ޖޫން މަހުގެ މުސާރައިގެ ގޮތުގައި ކޮންމެ މުވައްޒަފަކަށްވެސް ދެވޭނެ ކަމަށް ބެލެވެނީ 2،222 ރުފިޔާ ކަމަށެވެ. އަދި މި ހާލަތުގައި ކުންފުނީގެ ހިންގުން ވަގުތީގޮތުން މެދުކަނޑާލަން ޖެހުނު ނަމަވެސް، އެ އަދަދަށް މުސާރަ އަދި ރޯދަ އިނާޔަތް އެ މުވައްޒަފަކަށް ލިބޭނެ ކަމަށް ބަޔާނުގައި ބުންޏެވެ. "މިގޮތަށް ނިންމީވެސް މިހާލަތުގައި އެއްވެސް މުވައްޒަފަކު ވަޒީފާއިން ދޫކޮށްލަން ބޭނުން ނުވާތީ އާއި ކުންފުންޏަށް އެއްވެސް ފައިސާއެއް ހޯދުނަސް، އެ ފައިސާ ހަމަހަމައަށް ހުރިހާ މުވައްޒަފުންގެ މެދުގައި ހިއްސާ ކުރުމުގެ މަގްސަދުގައި،" ސާކިލުލާފައި ބުންޏެވެ. ސާކިއުލާގައި އިތުރަށް ބުނީ، މިވަގުތަށް މުވައްޒަފުން މަދު ނުކުރަން ނިންމި ނަމަވެސް، ޖޫން މަހުގެ ނިޔަލަށް، އިގްތިސާދު މިހާލަތުން އަރައިނުގަނެވި، އާމްދަނީ ލިބޭނެ ގޮތެއް ނުފެނިއްޖެ ނަމަ، މުވައްޒަފުންގެ ވަޒީފާއާ މެދު ގޮތެއް ނިންމާ އެކަން އަންގާނެ ކަމަށެވެ. ކޮވިޑް-19ގެ ސަބަބުން އިގްތިސާދަށް އައި ލޮޅުމާއެކު ރާއްޖޭގެ ވަރަށް ގިނަ މީޑިއާތަކަށްވެސް ވަނީ އޭގެ އަސަރު ކޮށްފަ އެވެ. ބައެއް މީޑީއާތަކުން މުސާރަ ނުދެވިގެން އުޅޭއިރު، ބައެއް މީޑިއާތަކުން ވަނީ މުސާރަ ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ. ސަރުކާރުން ވަނީ މިކަމުން އަރައިގަތުމަށް، މީޑިއާތަކަށް ހާއްސަކޮށްގެން، ވަރަށް ލުއި ޓާމްސްގައި ރިލީފް ލޯނެއް ތައާރަފްކޮށްފަ އެވެ.
ވީ މީޑިއާ ހުއްޓާލަން ޖެހިދާނެކަން މުވައްޒަފުންނަށް އަންގައިފި
މިހާރު ފެތުރެމުންދާ ކޮވިޑް 19 އަށްއޭޑީކޭއިން ޓެސްޓްކުރާއިރު އާސަންދަ ލިބޭނެކަމަށް ކޮވިޑްގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެެ. ކޮވިޑާ ގުޅޭ ގޮތުން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިރޭ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އޭޑީކޭއިން ކޮވިޑަށް ޓެސްޓްކުރެވޭނެ ކަމަށެެވެ. " އާސަންދަ ތުރޫކޮށް ސަރުކާރުން ހަރަދުތަކެއްގައި ހިފައިގެން އެކަން ކުރާގޮތަށް އޮތީ" މަބްރޫކް ވިދާޅުވިއެވެ. މިހާރުވެސް އޭޑީކޭއިން ދޭ ހިދުމަތްތަކުން އާސަންދަ ލިބެނީ ވަކި ޕަސެންޓެކެވެ. އަދި ބާކީ ބައި ދައްކަން ޖެހެނީ އަމިއްލައަށެވެ. މަބްރޫކް ވިދާޅުވީ މިހާރު ކޮވިޑަށް ސާމްޕަލް ނަގައި 300-450 އާ ދެމެދުގެ އަދަދަކަށް ދުވާލަކު ނަތީޖާ ލިބޭ ކަމަށެވެެ. " ވަރަށް ބައިވަރު މެނުއަލް މަސައްކަތްތަކެއް ހިމެނޭ ވަރަށް ރިސްކީ މަސައްކަތެއް މިއީ. އޭގެ ޕްރޮސެސް ހުންނަގޮތުން އެކި ދުވަސްދުވަހު ކޮންމެ ދުވަހަކު އެއް އަދަދަކަށް ނޫން ނަތީޖާ ލިބޭނީ. އެހެންނަމަވެސް އޭޑީކޭގައި ފެއްޓެވީމައި އެބޭފުޅުންގެ އަންދާޒާއަކީ ދުވާލަކު އެބޭފުޅުންގެ ފަރާތުންވެސް ދުވާލަކު 500 ޓެސްޓް ހެދޭނެކަމަށް." މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް އިތުރަށް ވިދާޅުވީ މިހާރު ސާމްޕަލް ނަގައިގެން ޓެސްޓްކުރުމުގައި އިސްކަންދެނީ ތަރުތީބަކަށް ނޫން ކަމަށާއި އޭގެ ބަދަލުގައި ދުވަސްވީ މީހުންނާއި ޑައިރެކްޓް ކޮންޓެކްޓްވާ މީހުންގެ ތެރެއިން އެއްގެއެއްގައި އެތައް ބަޔަކާ އެކީ އުޅޭ މީހުންނަށް އިސްކަންދޭ ކަމަށެވެ. " ސާމްޕަލްތައް ލަސްވޭ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ކުރެވުނު ވަރަކަށް އިތުރުކުރަމުންދަނީ، ޕޮލިސް ލެބޯޓަރީގައިވެސް މިހާރު މަސައްކަތް ކުރަމުން އެބަދޭ. އަދި އޭޑީކޭގައިވެސް އެފެށެނީ. އެހެން ހޮސްޕިޓަލްތަކުގައިވެސް އެކަން ކުރުމަށް ބޭނުންވާ ސާމާނު ގެނައުމުގެ މަސައްކަތް ކުރަމުންދަނީ،" މަބްރޫކް ވިދާޅުވިއެވެ.
އޭޑިކޭއިން ކޮވިޑް ޓެސްޓްކުރާއިރު އާސަންދަ ލިބޭނެ: މަބްރޫކް
އައިއޯއެސްގައި ހިމެނޭ ޓެކްސްޓް މެސެޖް ބަގް އެއްގެ ސަބަބުން އެޕަލް ކުންފުނީގެ އައިފޯންތައް ކްރޭޝްވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ. ދާދި ފަހުން ފެނުނު ބަގް އަކީ "ސިންދީ" ބަހުގެ ކެރެކްޓާ ތަކެއް ހިމެނޭ ޓެކްސްޓެއްގެ ސަބަބުން އައިފޯނުތައް އަމިއްލަ އަށް ތަޅުލެވި ނުކުޅެވޭގޮތްވެ އަމިއްލައަށް ކްރެޝްވާ ބަގް އެކެވެ. ޓެލެގްރާމް އާއި ޑިސްކޯޑްގެ ސާވާތަކުގައި ދައުރުކުރަމުން ދިޔަ އެ ޓެކްސްޓް ބަގް ވަނީ ގިނަ ބަޔަކު ޓެސްޓުކޮށްފައެވެ. އަދި އެ ބަގްއާ އެކު އައިފޯން ކްރެޝްވާ ކަންވެސް ގިނަ ބަޔަކު ވަނީ ކަށަވަރުކޮށްދީފައެވެ. އެ ބަގް މަސައްކަތްކުރަނީ އައިއޯއެސްގެ އެންމެ ފަހުގެ އަޕްޑޭޓް އައިއޯއެސް 13.4.1 ގެންގުޅޭ ފޯނުތަކަށް ކަމަށް ބައެއް ފަރާތްތަކުން މައުލޫމާތު ދެއެވެ. އެ ބަގްގެ ސަބަބުން ފޯނުގެ ނޮޓިފިކޭޝަންތައް ލޮކް ކޮށްލައެވެ. އަދި ފޯނުގެ ސްކްރީން ބޭނުން ނުކުރެވޭ ގޮތްވެއެވެ. ނަމަވެސް އެ ބަގް އަކީ "ސަމާސާ" ކުރުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ބަގެއް ކަމަށް ބައެއް ފަރާތްތައް ބުނެއެވެ. ސަބަބަކީ އެ ބަގް އަކީ ކުޑަ ހިނދުކޮޅަކަށް ފޯނަށް އަސަރުކުރާ ބަގް އެކެވެ. އެގޮތުން ޓެކްސްޓް މެސެޖު ބަގް އަތުވެއްޖެނަމަވެސް އައިފޯން ފޯސް ރީސްޓާޓް ކޮށްލުމުން އެ ފޯނު އަލުން ބޭނުންކުރެވޭނެއެވެ. ނުވަތަ ފޯނަށް މިނެޓެއް ދޭށެވެ. އޭރަށް އައިފޯންގެ އައިއޯއެސް ސްޕްރިންގްބޯޑް އަމިއްލައަށް ރިކަވާ ވާނެއެވެ.
ޓެކްސްޓް މެސެޖަކާއެކު އައިފޯން ކްރެޝް ވަނީ
ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ 1274 މީހުންގެ ތެރޭގައި ފްރަންޓް ލައިންގައި މަސައްކަތްކުރާ 239 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ. ގައުމީ ސަލާމަތާ ގުޅުންހުރި ކަމަކަށް ވާތީ، ކޮވިޑް19 އަށް ޕޮޒިޓިވްވާ ސިފައިންނާ ފުލުހުންގެ އަދަދުތައް ވަކިވަކިން ހާމަނުކުރަން ވަނީ ނިންމައިިފައެވެ. އަދި ނަންބަރުތަައް ހާމަކުރާނީ ފްރަންޓްލައިންގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކެއްގެ މުޅި ޖުމްލަ އެއްކޮށް ކަމަށް އެންއީއޯސީން މީގެ ކުރިން ވަނީ ބުނެފައެވެ. ފްރަންޓްލައިން އޮފިސަރުންގެ ގޮތުގައި ބަލަނީ ސިއްހީ ހިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރައްވާ ފަރާތްތަކާއި، ސަލާމަތީ ހިދުމަތްތަކާއި ޕޯޓުތަކުގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކެވެ. މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވަނީ ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ނަންބަރުތައް ފެންނަ ގްރާފު ހިއްސާކުރައްވައިފައެވެ. އެ ގްރާފުގައިވާ ގޮތުން މިހާތަނަށް 239 ފްރަންޓްލައިން އޮފިސަރަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އެންމެ ގިނަ މީހުން އެއްފަހަރާ ޕޮޒިޓިވްވެފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހުއެވެ. އެދުވަހު އެކަނި ފްރަންޓްލައިންގައި މަސައްކަތް ކުރާ 51 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އިއްޔެ އާއި މިއަދު ވެސް ޕޮޒިޓިވް ވެފައިވަނީ ފްރަންޓް ލައިންގައި މަސައްކަތް ކުރާ އެންމެ މީހެކެވެ. މިދިޔަ މަހުގެ 29 ވަނަ ދުވަހު 22 ފްރަންޓްލައިން އޮފިސަރަކު އަދި މި މަހުގެ ނުވަ ވަނަ ދުވަހު 19 އޮފިސަރަކު ވަނީ ޕޮޒިޓިވްވެފައެވެ. ޑރ. އަފްޒަލް ވިދާޅުވީ ފްރަންޓްލައިން ގައި މަސައްކަތް ކުރާ އޮފިސަރުން ޕޮޒިޓިވްވާ މިންވަރު ދަށްވެފައިވާ ކަމަށެވެ. މިހާތަނަށް ރާއްޖެއިން 1274 މީހަކަށް ބަލި ޖެހިފައި ވާއިރު، 109 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ހަތަރު މީހަކު ވަނީ ބަލީގައި މަރުވެފައެވެ.
ފްރަންޓް ލައިންގައި މަސައްކަތްކުރާ 239 މީހަކު ޕޮޒިޓިވް ވެއްޖެ
ކަންމަތީ ފިހާރައަށް ގޮސް ރީލޯޑް ކޮށްލުމަކީ އަޅުގަނޑުމެންގެ ތެރޭގައި އާދަވެފައި އޮންނަ ގޮތެވެ. ނަމަވެސް ރާއްޖޭގައި މިހާރު މިއޮތް ލޮކްޑައުންގެ ހާލަތުގައި މިއީ ކުރެވޭނެ އަދި އެދެވިގެންވާ ކަމެއްވެސް ނޫނެވެ. މި ދުވަސްވަރަކީ ގޭގައި ތިބެގެން، ރައްކާތެރިކަމާއެކު ހުރިހާ ކަމެއްހެން އޮންލައިންކޮށް ކުރަން ޖެހިފައިވާ ދުވަސްވަރެކެވެ. މިއީ ޑިޖިޓަލް ވާންޖެހިފައިވާ ވަގުތެވެ. ދިރާގުން ވަނީ ދިރާގުގެ ހުރިހާ ހިދުމަތްތައް ބޭނުން ކުރުމަށާއި ލިބިގަތުމަށް ފަސޭހަ، ޑިޖިޓަލް ގޮތްތަކެއް ކަސްޓަމަރުންނަށް ފަހިކޮށްދީފައެވެ. މީގެ ތެރޭގައި ދިރާގު މޮބައިލް ޕްރީޕެއިޑް ގޭގައި ތިބެގެން ފަސޭހަކަމާއެކު ރީލޯޑް ކޮށްލެވޭނެ ވަރަށް ގިނަ ގޮތްތައް ހިމެނެއެވެ. އެއީ؛ ދިރާގު މޮބައިލް އެޕްލިކޭޝަން ދިރާގު މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ރީލޯޑް ކޮށްލުމަށް އެޕް ހުޅުވާލާފައި “Easy TopUp” ނަގައި، ބޭނުންވާ ޕްރީޕެއިޑް ނަންބަރު ޖެހުމަށްފަހު “Continue and Pay” އަށް ފިތާލާށެވެ. ދެން ރިލޯޑް ކުރަން ބޭނުންވާ އަދަދު ޖެހުމަށްފަހު އަނެއްކާވެސް “Continue and Pay” އަށް ފިތާލާށެވެ. ދެން ފައިސާ ދައްކަން ބޭނުންވާ ގޮތް ހިޔާރުކުރުމަށްފަހު “Continue” އަށް ފިތާލާށެވެ. ދިރާގު އެޕްލިކޭޝަން-- ދިރާގު ޕޭ ނުވަތަ ބީއެމްއެލް އަދި އެމްއައިބީ ޑެބިޓް ނުވަތަ ކްރެޑިޓް ކާޑް މެދުވެރިކޮށް ރީލޯޑް ކުރަން ފައިސާ ދެއްކޭނެ އެވެ. ދިރާގު މޮބައިލް އެޕް މެދުވެރިކޯށް ރީލޯޑްކުރާނެގޮތުގެ ވީޑިއޯ ޓިއުޓޯރިއަލް މި ލިންކުން ބަލައިލެވޭނެ އެވެ. ދިރާގު ވެބްސައިޓް ދިރާގު ވެބްސައިޓު މެދުވެރިކޮށް ރީލޯޑް ކޮށްލުމަށް ދިރާގު ވެބްސައިޓަށް ވަނުމަށްފަހު ސްކްރީންގެ ކަނާތްފަރާތުގެ އެންމެ މަތީ ކަނުގައި އިންނަ “Easy TopUp” އަށް ފިތާލާށެވެ. އެއަށްފަހު ރީލޯޑްކުރަން ބޭނުންވާ ނަންބަރު އަދި އަދަދު ޖެހުމަށްފަހު “Continue” އަށް ފިތާލާށެވެ. ދެން، ފައިސާ ދައްކަން ބޭނުންވާ ގޮތް ހިޔާރުކުރުމަށްފަހު “Continue” އަށް ފިތާލާށެވެ.ދިރާގު ޕޭ ނުވަތަ ބީއެމްއެލް އަދި އެމްއައިބީ ޑެބިޓް ނުވަތަ ކްރެޑިޓް ކާޑް މެދުވެރިކޮށް ރީލޯޑް ކުރަން ފައިސާ ދެއްކޭނެއެވެ. ދިރާގު ވެބްސައިޓު-- ދިރާގު ވެބްސައިޓް މެދުވެރިކޮށް ރީލޯޑް ކުރާނެ ގޮތުގެ ވީޑިއޯ ޓިއުޓޯރިއަލް މި ލިންކުން ބަލައިލެވޭނެ އެވެ ދިރާގު ޕޭ ދިރާގު ޕޭ މެދުވެރިކޮށް ރީލޯޑް ކޮށްލުމަށް ދިރާގު ޕޭގެ މޮބައިލް އެޕްލިކޭޝަން ހުޅުވުމަށްފަހު “Reload my mobile” ނުވަތަ “Reload Another” އަށް ފިތާލާށެވެ. އެއަށްފަހު ނަންބަރު އަދި އަދަދު ޖެހުމަށްފަހު “Validate” އަށް ފިތާލާށެވެ. ދެން ރީލޯޑް ޓްރާންސެކްޝަން ފުރިހަމަކުރުމަށް “Proceed” އަށް ފިއްތާލުމުން ރީލޯޑް ކޮށް ނިމުނީއެވެ. ދިރާގު ޕޭ މެދުވެރިކޮށް ކުރާ ކޮންމެ ރީލޯޑަކަށް 20 ޕަސެންޓު އިތުރު ކްރެޑިޓް ލިބިގެންދާނެ އެވެ. އިތުރު ކްރެޑިޓް ލިބޭ މި ޕްރޮމޯޝަން ކުރިއަށްދާނީ ޖޫން މަހުގެ ނިޔަލަށެވެ. ދިރާގު ޕޭ އެކައުންޓަށް ފަސޭހަކަމާއެކު ކޭޝް އިން ކޮށްލުމަށް ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ޑެބިޓް ނުވަތަ ކްރެޑިޓް ކާޑް މެދުވެރިކޮށް ކުރެވޭނެ އެވެ. ދިރާގުން އެދެނީ މިދުވަސްވަރު ހުރިހާ ކަސްޓަމަރުންވެސް ރައްކާތެރިކަމާއެކު ގޭގައި ތިބުމަށެވެ. އަދި ދިރާގުން މަސައްކަތްކުރަމުންދަނީ ކަސްޓަމަރުން ގޭގައި ތިބިގެން ދިރާގުގެ ހިދުމަތްތައް ބޭނުން ކުރުމަށް ލުއިފަސޭހަތައް ފޯރުކޯށްދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުމަށެވެ.
ލޮކްޑައުންގައި ދިރާގު ޕްރީޕެއިޑް ރީލޯޑް ކޮށްލެވޭނެ ފަސޭހަ ގޮތްތަކެއް
ނޯޓު: އަޙްމަދު ޝާޒްއަކީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯސް ހާސިލުކޮށްފައިވާ ފަރާތެކެވެ. އޭނާ މިވަގުތު މަސައްކަތްކުރަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯގެ ލެކްޗަރާއެއްގެ މަޤާމުގައެވެ. ސަންއިން ގެނެސްދޭ "ރޯދައިގެ ވަސިއްޔަތް" މި ބަޔަށް މިއަހަރު ލިޔުއްވައިދެއްވާނީ ޝާޒްއެވެ. ......................................................................... އިސްލާމްދީނުގެ ފަސްރުކުރުކުނުގެތެރޭގައި ހިމެނޭ އެހެނިހެން އަޅުކަންތަކާ ޚިލާފަށް، ރޯދައިގެ އަޅުކަމަކީ ރޯދަވެރިޔާ ވަކި ކަންތައްތަކަކުން ދުރުހެލިވެގެން ހުރެ ފުރިހަމަކުރަންޖެހޭ އަޅުކަމެކެވެ. ޝަހާދަތުގެ ދެކަލިމަ ކިޔައި ތެދުކޮށް ގަބޫކުރަނީ ދުލާއި ހިތުންނެވެ. ނަމާދާއި ޙައްޖާއި ޒަކާތުގެ އަޅުކަން އަދާކުރަނީ ހަށިގަނޑުގެ ހަރަކާތްތަކެއް ހިމެނޭގޮތަށެވެ. ނަމަވެސް ރޯދަ ހިފަނީ ފަޖުރުލީއްސުރެ އިރު އޮއްސިއްޖައުމަށްދާންދެން ވަކިކަހަލަ ކަންތައްތަކެއް ނުކޮށް ހުރެގެންނެވެ. "ރޯދަ އަށް الصَّوْم (އައްޞައުމް)އެވެ ކިޔުނީވެސް މިއަޅުކަން އަދާކުރުމަށްޓަކައި ރޯދަވެރިޔާ ވަކި ކަންތައްތަކަކާ ދުރުހެލިވެގެން ހުންނަންޖެހޭތީއެވެ."(1) ވުމާއެކު، ރޯދައަށް ހުންނައިރު ދުރުހެލިވާންޖެހޭ ކަންތައްތަކަކީ ކޮބައިތޯ ބަލައި، އެފަދަ ކަމެއް ކުރެވިގެން ރޯދަ ގެއްލިދާނެކަމާމެދު ކޮންމެ ރޯދަވެރިޔަކުމެ ފިސާރި ހޭވެރިވާންޖެހޭނެއެވެ. ޒަމާން ބަދަލުވެ މީސްތަކުންގެ ދިރިއުޅުމަށް އަންނަ ބަދަލާއެކު، އަޅުކަންތައް އަދާކުރުމާ ގުޅޭގޮތުންވެސް އައު މައްސަލަތައް ފެންމަތިވެ އިތުރުވަމުންދެއެވެ. މިގޮތުން އަންނަ ބަދަލުތަކާއެކު އެންމެ ގިނަ އައު މައްސަލަތައް ކުރިމަތިވާ އަޅުކަމަކީ ރޯދަކަމުގައި ބުނެވިދާނެއެވެ. ސަބަބަކީ ރޯދަ ހިފަނީ ދުވާލުގެ ވަގުތުގައި ވަކި ކަންތައްތަކަކުން ދުރުހެލިވެގެން ހުރެ ކަމަށްވީނަމަވެސް، ދިމާވާ ހާލަތެއްގެ ސަބަބުން، "ރޯދައަށް އަސަރެއްކޮށްފާނެފަދަ ކޮންމެސް ކަމެއް" ކުރަން މަޖުބޫރުވެފައިވާ ކިތަންމެ މީހުންނެއް ތިބެއެވެ. މިފަދަ ގިނަ މައްސަލަތައް ކުރިމަތިވަނީ ޞިއްޙީ ބޭނުމަކަށްޓަކައި ކުރަންޖެހޭ ކަންތައްތަކާ ގުޅިގެންނެވެ. ހަށިގަނޑުގެތެރެއަށް އެއްޗެއް އެތެރެކުރެވިދާނެ ޠަބީޢީ މަގުތައްކަމަށްވާ އަނގަޔާއި، ކަންފަތާއި، ލޮލާއި، ނޭފަތާއި، ކުރިމަތިފަރާތާއި، އަދި ފުރަގަސްފަރާތުން ހަށިގަނޑުގެތެރެއަށް ބޭހެއް ނުވަތަ ފަރުވާކުރުމަށްޓަކައި ބޭނުންކުރެވޭ އާލާތެއް ވައްދައިފިނަމަ ރޯދައަށްވާނީ ކިހިނެއްހެއްޔެވެ؟ ރޯދައަށްހުރެ ދަތް ތޮރުފުމާއި ފުޓުނި އެޅުމާއި ޕޮލިޝްކުރުމާއި ކަވަރު އެޅުވުމާއި، މަސްގަނޑަށް ނުވަތަ ނާރަށް އިންޖެކްޝަން ޖެހުމާއި، ހަންގަނޑުގައި އުނގުޅާ އޮއިންޓްމަންޓްސްގެ ސަބަބުން ރޯދަ ގެއްލޭނެހެއްޔެވެ؟ ލޭހަދިޔާކުރުންފަދަ ކަމަކަށް ހަށިގަނޑުން ލޭނެގުމާއި، ޑަޔަލަސިސް ހެދުމާއި، ލެޕަރޮސްކޮޕީ ހެދުންފަދަ ކަންކަމުން ރޯދައަށް ކުރާނީ ކޮންއަސަރެއްބާވައެވެ؟ މިހުރީ ހައްތަހާވެސް ރޯދައާ ގުޅޭގޮތުން އަލަށް އުފެދިފައިވާ ޒަމާނީ މައްސަލަތަކެވެ. ޒަމާނީ ބަދަލުތަކާއެކު އުޅެންޖެހިފައިވާ ކޮންމެ މުސްލިމަކުމެ މިފަދަ އައު މައްސަލަތަކުގެ ޙުކުމްތައް ދެނެގަނެގެން ރޯދައާއި އެނޫންވެސް ދީނުގެ އަޅުކަންތައް އަދާކުރުންމަތީ ދެމިތިބެންވާނެއެވެ. ބުނެވިދިޔަފަދަ، ރޯދައާ ގުޅޭ މައްސަލަތަކަކީ އިހުގެ ޢިލްމުވެރީންގެ ޒަމާނުގައި އެއްގޮތަކަށްވެސް ނެތް މައްސަލަތަކެވެ. ވީމާ، ކުރީގެ ފިޤުހު ފޮތްތަކުގައި މިފަދަ ކަންކަމާބެހޭ ބަހުސްތަކެއް ނުހުންނާނެއެވެ. މުސްލިމުންނަށް ކުރިމަތިވާ އެހެނިހެން މައްސަލަތަކެކޭވެސް އެއްގޮތަށް، ރޯދައާގުޅޭ ޒަމާނީ މައްސަލަތައްވެސް ދިރާސާކޮށް އޭގެ ޙުކުމްތައް ދެނެގަތުމަށްޓަކައި މިޒަމާނުގެ ޢިލްމުވެރިންނާއި ކަމާބެހޭ މާހިރުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދެއެވެ. މިގޮތުން ރޯދަ ގެއްލޭ ކަންތައްތަކާމެދު ޢިލްމުވެރިން ބަހުސްކުރާއިރު، ރޯދައަށް ހުރިމީހަކު އެފަދަ ކަމެއް ކޮށްފިނަމަ އޭނާގެ ރޯދަ ގެއްލޭނެކަމަށް ހުރިހައި ޢިލްމުވެރިން އެއްބަސްވާ ކަންތައްތަކާއި، ރޯދަ ގެއްލުމާމެދު ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވުން ހުރި މައްސަލަތައް ހިމެނެއެވެ. މީގެތެރެއިން މި މަޒުމޫނުގައި ބަލައިލާނީ، ރޯދަވެރިޔާ އެފަދަ ކަމެއްކޮށްފިނަމަ އޭނާގެ ރޯދަ ގެއްލޭނެކަމަށް ހުރިހައި ޢިލްމުވެރިން އެއްބަސްވާ ކަންތައްތަކާމެދުގައެވެ. އެކަންކަމުން ރޯދަ ގެއްލޭނެކަމާމެދު ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދިފައިވާ، ރޯދައާގުޅޭ ޒަމާނީ ޠިއްބީ (މެޑިކަލް) ބައެއް މައްސަލަތަކާމެދު މި ސިލްސިލާގެ އެހެން މަޒުމޫނުތަކުގައި ބަލައިލެވޭނެއެވެ. ރޯދައަށް ހުރިމީހަކަށް އެފަދަ ކަމެއް ކުރިމަތިވެއްޖެނަމަ އޭނާގެ ރޯދަ ގެއްލޭނެކަމަށް ހުރިހައި ޢިލްމުވެރީން އިއްތިފާޤުވާ ކަންތައްތަކެއްވެއެވެ. އެއީ ޝަރީޢަތުގެ ސާފު ނައްޞުން އެކަންކަމުގެ ޙުކުމް ބަޔާންވެގެންވާ ކަންތައްތަކެވެ. މީގެތެރޭގައި ހިމެނެނީ ކެއުމާއި ބުއިން، އަދި ޖިމާޢުވުމާއި ޤަޞްދުގައި މަނިބޭރުކުރުމެވެ. މާތްﷲ ވަޙީކުރައްވާފައި ވެއެވެ. أُحِلَّ لَكُمْ لَيْلَةَ الصِّيَامِ الرَّفَثُ إِلَىٰ نِسَائِكُمْ ۚ هُنَّ لِبَاسٌ لَّكُمْ وَأَنتُمْ لِبَاسٌ لَّهُنَّ ۗ عَلِمَ اللَّهُ أَنَّكُمْ كُنتُمْ تَخْتَانُونَ أَنفُسَكُمْ فَتَابَ عَلَيْكُمْ وَعَفَا عَنكُمْ ۖ فَالْآنَ بَاشِرُوهُنَّ وَابْتَغُوا مَا كَتَبَ اللَّهُ لَكُمْ ۚ وَكُلُوا وَاشْرَبُوا حَتَّىٰ يَتَبَيَّنَ لَكُمُ الْخَيْطُ الْأَبْيَضُ مِنَ الْخَيْطِ الْأَسْوَدِ مِنَ الْفَجْرِ ۖ ثُمَّ أَتِمُّوا الصِّيَامَ إِلَى اللَّيْلِ (ބަޤަރާ: 187) މާނައީ: "ރޯދަޔަށް ތިބޭރޭ ތިޔަބައިމީހުންގެ އަނބީންގެ ގާތަށް ގޮސް ރޭކުރުން ތިޔަބައިމީހުންނަށް ހުއްދަ ކުރައްވައިފިއެވެ. އެކަނބަލުންނީ ތިޔަބައިމީހުންނަށް ފޭރާމެކެވެ. އަދި ތިޔަބައިމީހުންނީ އެކަނބަލުންނަށް ފޭރާމެކެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ޚިޔާނާތްތެރިވަމުން ދިޔަކަން، ﷲ، ދެނެވޮޑިގެންވެއެވެ. ދެންފަހެ، ތިޔަބައިމީހުންގެ މައްޗަށް ތައުބާ ލައްވައި، ތިޔަބައިމީހުންގެ ކިބައިން ޢަފޫކުރައްވައިފިއެވެ. ފަހެ، މިހާރު ތިޔަބައިމީހުން އެކަނބަލުންގައި ބީހިއުޅޭށެވެ! (އެބަހީ: ޖިމާޢުވުން ހުއްދަ ކުރައްވައިފިއެވެ.) އަދި ތިޔަބައިމީހުންނަށްޓަކައި ﷲ ކަނޑައަޅުއްވާފައިވާ ގޮތް އެދޭށެވެ! އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ފަޖުރުގެ ސަބަބުން ރޭގަނޑުގެ އަނދިރިކަމުގެތެރެއިން ފަތިހުގެ އަލިކަން ފާޅުވެ އެނގިއްޖައުމަށް ދާންދެނެވެ. ދެން އެއަށްފަހު، ރޭވެއްޖައުމަށް ދާންދެން ތިޔަބައިމީހުން ރޯދަ ފުރިހަމަކުރާށެވެ!" އިސްވެދިޔަ އާޔަތުން އެނގޭގޮތުގައި ރޯދަ ގެއްލުންވަނީ ތިންކަމަކުންނެވެ. އެއީ: ކެއުން، ބުއިން، އަދި ޖިމާޢުވުމެވެ. އާޔަތުން އެނގޭ ގޮތުގައި، ރޯދަމަހުގެ ރޭގަނޑުވިޔަސް އަނބިމީހާއާ ޖިމާޢުވުން ކުރީގައި މަނާކަމެއްކަމުގައި އޮތުމަށްފަހު އެކަންވަނީ ހުއްދަކުރައްވާފައެވެ. އަދިހަމަމިއާއެކު، ރޯދަވެރިޔާއަށް އެކަން ހުއްދަވެގެންވަނީ ހަމައެކަނި ރޭގަނޑުގައިކަންވެސް އާޔަތުން އެނގެއެވެ. މީގެއިތުރުން، ރޯދަވެރިޔާއަށް ކެއުމާއި ބުއިންވެސް ހުއްދަވެގެންވަނީ ރޭގަނޑުގެ ވަގުތުގައެވެ. އެއަށްފަހު ދުވާލުވުމުން އޭނާގެ ރޯދަ ފުރިހަމަކުރުމަށްޓަކައި، ކެއުމާއި ބުއިން އަދި ޖިމާޢުވުމުން މަނާވެގަންނާން ޖެހެއެވެ. ޤުދުސިއްޔަ ހަދީސެއްގައި ވެއެވެ. ((... يَتْرُكْ طَعَامَهُ وَشَرَابَهُ وَشَهْوَتَهُ مِنْ أَجْلِي))(2) މާނައީ: "(ރޯދަވެރިޔާ) އޭނާގެ ކެއުމާއި، އޭނާގެ ބުއިމާއި، އޭނާގެ ޝަހުވަތްތެރިކަމުން އެއްކިބާވެގެން ހުންނަނީ ތިމަންރަސްކަލާނގެއަށްޓަކައެވެ." މި ހަދީސްފުޅުގައިވެސް އެވަނީ ރޯދަވެރިޔާ ކެއުމާއި ބުއިމާއި އޭނާގެ ޝަހުވަތްތެރިކަމުން (އެބަހީ: ޖިމާޢުވުމުން) ދުރުހެލިވެގެން ހުންނަ ވާހަކައެވެ. އެހެންކަމުން، ކީރިތި ޤުރުއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން އަދި އިޖުމާޢުން ސާބިތުވާގޮތުގައި ރޯދަވެރިޔާއަށް، ބުނެވިދިޔަ ތިންކަމުންކުރެ ކަމެއް ކުރިމަތިވެއްޖެނަމަ އޭނާގެ ރޯދަ ގެއްލޭނެއެވެ. ރޯދައަށް ހުރެ ޖިމާޢުވުން: ރޯދައަށް ހުރެ ޖިމާޢުވުމަކީ ކީރިތި ޤުރުއާނުގެ ނައްޞުން ޙަރާމްކުރައްވާފައިވާ ކަމެއްކަން އިސްވެ ބަޔާންކުރެވިއްޖެއެވެ. ހަދީސްގައި އައިސްފައިވެއެވެ. (جَاءَ رَجُلٌ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقَالَ: هَلَكْتُ، يَا رَسُولَ اللَّهِ ، قَالَ: وَمَا أَهْلَكَكَ؟ قَالَ: وَقَعْتُ عَلَى امْرَأَتِي فِي رَمَضَانَ، قَالَ: هَلْ تَجِدُ مَا تُعْتِقُ رَقَبَةً ؟ قَالَ: لَا ، قَالَ : فَهَلْ تَسْتَطِيعُ أَنْ تَصُومَ شَهْرَيْنِ مُتَتَابِعَيْنِ؟ قَالَ: لَا ، قَالَ: فَهَلْ تَجِدُ مَا تُطْعِمُ سِتِّينَ مِسْكِينًا ؟ قَالَ: لَا ، قَالَ: ثُمَّ جَلَسَ ، فَأُتِيَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِعَرَقٍ فِيهِ تَمْر ، فَقَالَ: تَصَدَّقْ بِهَذَا قَالَ: أَفْقَرَ مِنَّا ؟ فَمَا بَيْنَ لَابَتَيْهَا أَهْلُ بَيْتٍ أَحْوَجُ إِلَيْهِ مِنَّا، فَضَحِكَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَتَّى بَدَتْ أَنْيَابُهُ، ثُمَّ قَالَ: اذْهَبْ فَأَطْعِمْهُ أَهْلَكَ)(3) ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. އަހުރެން ހަލާކުވެއްޖެއެވެ! އިތުރު އެކަލޭގެފާނު ސުވާލުކުރެއްވިއެވެ. ކަލޭ ހަލާކުވީ ކޮންކަމަކާލައިގެންހެއްޔެވެ؟ އޭނާ ދެންނެވިއެވެ. އަހުރެން ރަމަޟާންމަހު ދުވާލު އަހުރެންގެ އަނބިމީހާއާ ޖިމާޢުވެއްޖައީމެވެ. އިތުރު އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. އަޅަކު މިނިވަންކުރާނެވަރު ކަލެއަށް ލިބޭނެހެއްޔެވެ؟ އޭނާ ދެންނެވިއެވެ. ނޫނެކެވެ. އިތުރު އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. ކަލެއަށް ވިދިވިދިގެން ދެމަސްދުވަހު ރޯދަ ހިފޭނެހެއްޔެވެ؟ އޭނާ ދެންނެވިއެވެ. ނޫނެކެވެ. އިތުރު އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. ފަސްދޮޅަސް މިސްކީނުންނަށް ކާންދޭނެވަރު ކަލެއަށް ލިބޭނެހެއްޔެވެ؟ އޭނާ ދެންނެވިއެވެ. ނޫނެކެވެ. މިހެން ބުނެފައި އޭނާ އިށީނދެއްޖެއެވެ. ދެން އިތުރު އެކަލޭގެފާނު ކަދުރު ވައްޓެއް ހިއްޕަވައިގެން ވަޑައިގެން ހަދީސްކުރެއްވިއެވެ. އެހެންވިއްޔާ މިއިން ޞަދަޤާތްކޮށްލާށެވެ. އޭނާ ދެންނެވިއެވެ. ޞަދަޤާތް ކުރަންވީ އަހުރެމެންގެތެރެއިން އެންމެ ފަޤީރު މީހުންނަށްހެއްޔެވެ؟ އެހެންކަމަށްވާނަމަ މިރަށުގައި އަހުރެމެންނަށްވުރެ ވަކީން ބޮޑަށް ޞަދަޤާތް ބޭނުންވެފައިވާ ބަޔަކު ނެތެވެ. އެހިނދު އިތުރު އެކަލޭގެފާނުގެ ކޯފުޅުގެ ދަތްޕުޅުތައް ފާޅުވާހައި ބޮޑަށް ހިނވަރުނަކުރެއްވިއެވެ. އަދި ހަދީސްކުރެއްވިއެވެ. ދާށެވެ. އަދި މިކަދުރު ކަލޭގެ އަހުލުވެރިންނަށް ކާންދޭށެވެ. ރޯދަވެރިޔާ ގަސްތުގައި ޖިމާޢުވުމަކީ ޙަރާމްކަމެއްކަން އިސްވެ ދިޔަ ހަދީސުންވެސް ރަނގަޅަށް ސާފުވެއެވެ. އެކަން އެނގެނީ ރޯދަމަހު ދުވާލު ޖިމާޢުވީމީހާ އެކަމުގެ މައްޗަށް ކައްފާރާ އަދާކުރަންޖެހުމުންނެވެ. ޝަރުޢީ ނައްޞުތަކުން ސާބިތުވާގޮތުގައި، ރޯދައަށް ހުރި މީހާ ރޯދަމަހުގެ ދުވާލުގެ ވަގުތުގައި ޖިމާޢުވެއްޖެނަމަ މަނި ބޭރުވިޔަސް ނުވަތަ ނުވިޔަސް، އެދުވަހުގެ ރޯދަ އަލުން ހިފުމާއެކު، ކައްފާރާ ދޭންޖެހޭނެއެވެ.(4) ރޯދައަށްހުރެ ގަސްތުގައި ޖިމާޢުވާމީހާގެ މައްޗަށް ތަރުތީބުވާ ކަންތައްތައް: ކައްފާރާ ދިނުން: އެއީ އަޅަކު މިނިވަންކުރުން ނުވަތަ ވިދިވިދިގެން ދެމަސްދުވަހު ރޯދަ ހިފުން ނުވަތަ ފަސްދޮޅަސް މިސްކީނުންނަށް ކާންދިނުމެވެ. ކައްފާރާ ދިނުމުގައި ބަލާނީ ތަރުތީބުން އެމީހަކަށް ކުޅަދާނަވެގެންވާ ކަމެއް ކުރުމަށެވެ. އެންމެ ފުރަތަމަ އަޅަކު މިނިވަންކުރުމެވެ. މިނިވަން ކުރާނޭ އަޅަކު ނުލިބޭނަމަ ވިދިވިދިގެން ދެމަސްދުވަހު ރޯދަ ހިފުމެވެ. މިގޮތަށް ރޯދަ ހިފާއިރު އުޒުރަކާލައިގެންމެނުވީ ރޯދަ މެދުކަނޑާލައިގެންނުވާނެއެވެ. ރޯދަ މެދުކެނޑިދާނެ ޝަރުޢީ އުޒުރުގެތެރޭގައި ބަލިވުމާއި، ދަތުރެއްކުރަންޖެހުމާއި، ޙައިޟު ނިފާސްވުންފަދަ އުޒުރުތައް ހިމެނެއެވެ. ވިދިވިދިގެން ދެމަސްދުވަހު ރޯދަ ހިފަން ކުޅަދާނަނުވާނަމަ ދެންޖެހޭނީ ފަސްދޮޅަސް މިސްކީނުންނަށް ކާންދޭށެވެ. މިސްކީނަކީ ލިބޭ އެއްޗަކުން ދެކޮޅުނުޖެހޭ ހާލަތުގައިވާ މީހާއެވެ.(5) ކާންދޭނީ އެތަނެއްގައި އާންމުކޮށް ކައިއުޅޭ ކެއުމަކުން ކޮންމެ މިސްކީނަކަށް މުއްދެއްގެ މިންވަރެވެ.(6) މުއްދެއްގެ މިންވަރަކީ އެތަނެއްގައި ދިރިއުޅޭމީހުންގެ ތެރެއިން މެދުމިނުގެ އިންސާނެއްގެ ދެއަތްގޮށި ހުންނަ މިންވަރެވެ.(7) މިސާލަކަށް ދެއަތްގޮށި ހުންނަހާ ބަތް ނުވަތަ އެމިންވަރުގެ ރޮށި އެއީ މުއްދެކެވެ. މި މިންވަރު ކިލޯ ގުރާމުން ބަލާނަމަ އެކި ބާވަތުގައި މިންވަރު ތަފާތުވާނެއެވެ. މިންކުރާނަމަ އެއީ ގާތްގަޑަކަށް 544 ގުރާމުކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ.(8) ފަސްދޮޅަސް މިސްކީނުންގެ ކެއުން އެންމެ މިސްކީނަކަށްވެސް ދެވިދާނެކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. އެހެންނަމަވެސް ދޭންވާނީ ތަފާތު ދުވަސްތަކުގެމަތިން ފަސްދޮޅަސް ދުވަސް ހަމަވާގޮތަށްކަމަށްވެސް އެބޭފުޅުން ވިދާޅުވެއެވެ.(9) ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި ކާތަކެތީގެ ބަދަލުގައި އެއަށްވާ އަގުވެސް ދެވިދާނެއެވެ. ޖިމާޢުވުންނޫންގޮތަކަށް މަނި ބޭރުކުރިޔަސް ކައްފާރާ ދޭކަށްނުޖެހޭނެއެވެ. އެފަދަ ހާލަތުގައި ޖެހޭނީ އެ ރޯދަ ޤަޟާކުރާށެވެ.(10) ޖިމާޢުވި ދުވަހުގެ ބާކީ އޮތް ވަގުތުގައި ނުކައި ނުބޮއެ ހުރުން. ޖިމާޢުވުމުގެ ސަބަބުން ގެއްލުނު ރޯދައިގެ ބަދަލުގައި އެހެން ދުވަހެއްގައި ރޯދައެއް ހިފުން. ކުރެވުނު ކުށަށް ތައުބާވުން (އެބަހީ: ކުރެވުނު ކަންތަކާމެދު ދެރަވެ ހިތާމަކޮށް، ﷲ ގެ ޙަޟުރަތުން ފާފަ ފުއްސެވުން އެދުމާއެކު ދެން އެފަދަކަމެއް ތަކުރާރު ނުކުރުމަށް އަޒުމު ކަނޑައަޅައި އެގޮތުގައި ދެމިހުރުން) ކެއުންބުއިމާއި ޖިމާޢުވުމުގެ އިތުރުން، ރޯދައަށްހުރެ ގަސްތުގައި މަނިބޭރުކުރުމަކީވެސް ރޯދަ ގެއްލޭނެ ކަމެއްކަމަށް ޢިލްމުވެރީން އިއްތިފާޤުވެއެވެ.(11) މިކަމުގެ ދަލީލަކީ ހަމަ އިސްވެދިޔަ، ރޯދައަށް ހުރެ ޖިމާޢުވުމުގެ ކައްފާރާއާބެހޭ ހަދީސެވެ. އަދި ހަމަމިއާއެކު، ޙައިޟުވެރިޔާއާއި ނިފާސްވެރިޔާގެ ރޯދަވެސް ޞައްޙަނުވާނެކަމަށް(12) ޢިލްމުވެރީން އިއްތިފާޤު ވެއެވެ. ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެންވާ ހަދީސެއްގައި ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. كنَّا نحيضُ علَى عَهْدِ رسولِ اللَّهِ ثمَّ نَطهرُ فيأمرُنا بقَضاءِ الصَّومِ ، ولا يأمرُنا بقضاءِ الصَّلاة(13) "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި އަހުރެމެން ޙައިޟުވެއެވެ. ދެން އަހުރެމެން ޠާހިރުވަމުއެވެ. ފަހެ ފާއިތުވީ ރޯދަތައް އަލުން ހިފުމަށް އެކަލޭގެފާނު ތިމަންމެންނަށް އަމުރުކުރައްވައެވެ. އަދި ފާއިތުވީ ނަމާދުތައް އަލުން ކުރާކަށް އަމުރެއްނުކުރައްވައެވެ." (1) ابن منظور، لسان العرب ، 12/350 (2) متفق عليه: البخاري، كتاب الصوم، باب فضل الصوم، برقم 1894، وأطرافه بأرقام: 1904 ،5927 ،7492 ،7538، ومسلم، كتاب الصيام، باب فضل الصيام، برقم 164 - (1151). (3) صحيح مسلم، كِتَاب الصِّيَامِ ، بَابُ تَغْلِيظِ تَحْرِيمِ الْجِمَاعِ فِي نَهَارِ رَمَضَانَ عَلَى الصَّائِمِ ، وَوُجُوبِ ، حديث رقم 1947. (4) البهوتي، الروض المربع شرح زاد المستقنع، وحاشية ابن عثيمين، بيروت: مؤسسة الرسالة، د.ت، ص 233. (5) محمد بن الحسن بن دريد أبو بكر، جمهرة اللغة، ج 2 ، بيروت: دار العلم للملايين (1987)، ص 856. (6) موفق الدين بن قدامة، المغني، ج 3 ، ط 3، الرياض: دار عالم الكتب (1417 – 1997)، ص 140-141. (7) https://ar.islamway.net/fatwa/27564 (26/4/2020 ، 16:26). (8) مجلة البحوث الإسلامية " (59 / 179). (9) السرخسي شمس الدين، المبسوط، ج 3 ، ط 1 ، بيروت: دار المعرفة (1409 – 1989)، ص 74 ، 75. (10) البهوتي، ص 224. (11) المغني، 4/360 – 364 ، والمقنع والشرح الكبير والإنصاف، 7/416 – 419. (12) الكاساني. علاء الدين أبوبكر بن مسعود، بدائع الصنائع في ترتيب الشرائع، ج 2 ، ط 1 ، بيروت: دارالكتب العلمية، (1417 هـ 1997 م) ، ص 89. (13) سنن ابن ماجه – للألباني 1680، صحيح.
ރޯދައިގެ ވަސިއްޔަތް: ރޯދަ ގެއްލޭނެކަމަށް އިލްމުވެރިން އިއްތިފާގުވާ ކަންތައްތައް
ކޮވިޑް-19ގެ ނުރައްކާ ބޮޑުވަމުންދާ ދަނޑިވަޅެއްގައި އެފްރިކާގެ ހުޅަނގުގެ ބައެއް ސަރަހައްދުތަކުގެ މިސްކިތްތައް އަލުން ހުޅުވަން ފަށައިފި އެވެ. ރަމަޟާން މަސް ނިމެން ގާތް ވެފައިވަނިކޮށް މިސްކިތްތައް އަލުން ހުޅުވާލުމަށް ކަމާ ބެހޭ ފަރާތްތަކުން ހުއްދަ ދިނުމުން އެކަމާ ގުޅިގެން ސިއްހީ މާހިރުންގެ ފާޑުކިޔުން ވަނީ ރައްދުވެފަ އެވެ. އެގޮތުން މިސްކިތްތައް އަލުން ހުޅުވަން ފަށާފައިވާ ސަރަހައްދުތަކުގެ ތެރޭގައި އެފްރިކާގައި ކޮވިޑް-19 އެންމެ ގަދައަށް ފެތުރެމުންދާ ސަރަހައްދުތައް ހިމެނެ އެވެ. މިސްކިތްތައް އަލުން ހުޅުވާލުމާ އެކު އެތައް ހާހުން މީހުންތައް ވަނީ މިސްކިތްތަކަށް ޖަމާވެފަ އެވެ. އަދި މިސްކިތުގައި އިޖުތިމާއީ ގައިދުރު ކަމާއި ރައްކާތެރިކަމަށް އިސްކަމެއް ދިންނަމަވެސް ވައިރަސްގެ ބިރު އޮތް ކަމަށް ބުނެއެވެ. އެހެންނަމަވެސް އާންމުންގެ ބައެއް ފަރާތުން އެކަމާ ކަންބޮޑެއް ނުވެ އެވެ. "އަޅުގަނޑުމެން ވައިރަސް އިން ރައްކާތެރިވުމަށް އެބަ މަސައްކަތްކުރަން. އެކަމު މިއީ އަހަރެމެންނަށް ފިލައިގެން އުޅެވޭނެ ވައިރަސް އެއް ނޫން. އެކަމު ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި އެމީހުންގެ އެންގުންތަކަށް ބަލައިފި ނަމަ ރަނގަޅުވާނެ،" މިސްކިތަށް ދިޔަ މީހެއް ކަމަށްވާ އަބްދުއްރަހްމާން ސޯލް ބުންޏެވެ. އޭނާ ބުނިގޮތުގައި ބަލައިގެން އުޅުނު ނަމަވެސް ވައިރަސް ޖެހުމުގެ ފުރުސަތު އެބަ އޮތެވެ. އެހެންކަމުން ވަކި މިސްކިތަށް ނުގޮސް ތިބެވެން ނެތް ކަމަށް އޭނާ އިޝާރާތްކުރި އެވެ. އިޖުތިމާއީ ގައިދުރުކަން އިސްކޮށް އެފްރިކާ ހުޅަނގުގެ ސަރަހައްދުތަކުގައި މިސްކިތްތައް ހުޅުވަން ފެށި އިރު، މިސްކިތްތަކުގައި މީހުން ތިބެނީ އެކަކު އަނެކަކާ ދެމެދު 1.5 މީޓަރުގެ ދުރުމިނެއް ބަހައްޓައިގެންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައިވަނީ ކޮވިޑް-19 ފެތުރެން ފެށިތާ އަހަރެއް ވާއިރު އެފްރިކާއިން އެ ވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދު 200،000 އާ ގާތް ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވައިރަސް އާ ގުޅިގެން ވެސް ތަފާތު އިތުރު ބަލިތައް އެފްރިކާގައި ފެތުރެމުންދާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެކަމުގައި އެފްރިކާގެ ސިއްހީ ނިޒާމުގެ ބަލިކަށިކަން އިސް ރޯލެއް ކުޅޭނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
ވައިރަސްގެ ނުރައްކަލާއެކުގައި ވެސް އެފްރިކާގެ މިސްކިތްތައް ހުޅުވަން ފަށައިފި