news
stringlengths
242
32.4k
Title
stringlengths
6
118
އދ (އޭޕްރިލް 22): ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން ދުނިޔޭގައި ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހޭ މީހުންގެ އަދަދު ދެ ގުނައަށް އިތުރުވެދާނެ ކަމަށް ޔުނައިޓެޑް ނޭޝަންސް ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިޔުއެފްޕީ)އިން ބުނެފި އެވެ. ޑަބްލިޔުއެފްޕީން އިއްޔެ ނެރުނު ރިޕޯޓުގައިވާ ގޮތުން ފަތުރުވެރިކަމުން ލިބޭ މަންފާ އާއި ރެމިޓެންސްތައް މަދުވުމުންނާއި އެއް ތަނުން އަނެއް ތަނަށް ދަތުރު ކުރުން ހުއްޓުވުން ފަދަ މައްސަލަތަކުގެ ސަބަބުން މިއަހަރު އިތުރު 130 މިލިއަން މީހުން ބަނޑުހައި ހޫނުކަމާ ކުރިމަތިލާން ޖެހިދާނެ އެވެ. އެއާއެކު އެ ކެޓެގަރީގައި ހިމެނޭ ޖުމްލަ މީހުންގެ އަދަދު 265 މިލިއަނަށް އަރާނެ އެވެ. ޑަބްލިޔުއެފްޕީގެ ޗީފް އިކޮނޮމިސްޓު ޑރ. އާރިފް ހުސެން ވިދާޅުވި ގޮތުގައި މިބަލިމަޑުކަމުގެ ސަބަބުން މިހާރުވެސް ދަތިހާލުގައި ދިރިއުޅޭ އެތައް މިލިއަން މީހުންނަށް ބޮޑެތި ގެއްލުންތައް ލިބުން އެކަށީގެންވެ އެވެ. އަދި އެންމެ ފަގީރު ގައުމުތަކުގައި މީހުން ވައިރަހުން ސަލާމަތް ކުރެވުނު ނަމަވެސް އެމީހުން ދެން ހައިހޫނު ކަމަށް ވެއްޓިއްގެން ގޮސްދާނެ އެވެ. އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް ވިދާޅުވި ގޮތުގައި އެ ރިޕޯޓުން އެނގިގެން ދަނީ ބަނޑުހައިހޫނު ކަމާ ދެކޮޅަށް ދުނިޔޭގެ ލީޑަރުންނާއި ގައުމުތަކުން ގުޅިގެން މަސައްކަތް ކުރަންވެއްޖެ ކަމެވެ. "ހަނގުރާމަ އާއި މޫސުމަށް އަންނަ ބަދަލުތަކާއި އިގުތިސާދީ ލޮޅުންތައް ފަދަ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ މިދަނޑިވަޅުގައި، ބަނޑުހައި ހޫނުކަމާއި މަލްނިއުޓްރިޝަންއާ ދެކޮޅަށް ކުރާ މަސައްކަތް އިތުރު ކުރަން ޖެހޭ. އެކަމަށް ބޭނުން އާލާތްތަކާއި އަަމަލު ކުރާނެ ގޮތް އަޅުގަނޑުމެންނަށް އެބަ އެނގޭ. އަޅުގަނޑުމެންނަށް ބޭނުންވަނީ އެކަން ކުރަން އަޒުމު ކަނޑައަޅާ ލީޑަރުންނާއި ގައުމުތަކުން އެއްބާރުލުން ދިނުން،" ގުޓެރޭސް ވިދާޅުވި އެވެ. ޑަބްލިޔުއެފްޕީގެ ރިޕޯޓުގައި ވަނީ 2007 އާއި 2008އާ ދޭތެރޭ ދުނިޔެއަށް އައި މާލީ ކާރިސާ ތެރޭ ކާތަކެތީގެ އަގު އުފުލުނު ގޮތަށް މިހާރު ވެސް ކާތަކެތީގެ އަގު އުފުލިދާނެ ކަމުގެ ބިރު ފާޅުކޮށްފަ އެވެ. އެ ޖަމްއިއްޔާއިން ލަފާ ކުރާ ގޮތުގައި ބަލިމަޑުކަމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބޭ ސަރަހައްދުތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް 10 ބިލިއަން ޑޮލަރާއި 12 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ފަންޑު ބޭނުންވާނެ އެވެ. ނަމަވެސް ކޮރޯނާވައިރަހުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު އިގުތިސާދުތައްވެސް ހުއްޓުމަކަށް އައިސް، ޑަބްލިޔުއެފްފީއަށް ބޭނުންވާ ވަރަށް ފައިސާ ލިބޭނެ ކަމާ މެދު ވަނީ ޝައްކު އުފެދިފަ އެވެ. ކޮރޯނާވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ޗައިނާ، އެމެރިކާ އަދި ޔޫރަޕްގެ ގައުމުތައް ހިމެނެ އެވެ. ދުނިޔޭގައި މިހާތަނަށް 2.5 މިލިއަނަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 177،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ކޮރޯނާވައިރަސް: ބަނޑުހައިހޫނު ކަމާ ކުރިމަތިލާން ޖެހޭ މީހުންގެ އަދަދު ދެ ގުނައަށް އިތުރުވެދާނެ
ރޯދަ ސުފުރާ މަތިން އަބަދުވެސް ކޮންމެވެސް ވައްތަރެއްގެ މަސްހުންޏެއް ލިބެންނެތްނަމަ އެއީ ފަޅުކަމެކެވެ. މަސްހުނީގެ ކޮންމެވެސް ބާވަތެއް ރޯދަމަހު ރޯދަވީއްލާ ގަޑިއަށް ތައްޔާރުވެފައި ހުރުމަކީ ގިނަ ދިވެހި ގޭބިސީތަކުގައި އާދަ އެވެ. މިދުވަސްވަރަކީ އާއްމުކޮށް ރޯޯދަމަހު ތިޔާގިކޮށް ލިބެން ހުންނަ ފަތްޕިލާވެލި އަދި ތަރުކާރީގެ ބާވަތްތައް ލިބުން އަދި ހޯދުން އެއަށްވުރެ ދަތި ދުވަސްވަރެކެވެ. ކޮޕީފަތާއި ކުއްޅަފިލާފަތާއި އަދި ކަންކުންފަތް ޑިމާންޑާ އެއްވަަރަށް މިދުވަސްވަރު ނުލިބުނަސް ދިވެހި ރަހަތައް ނުގެއްލޭގޮތަށް ކެބެޖުން މަސްހުނި ތައްޔާރުކޮށްލެވިދާނެ އެވެ. ސަން ބަދިގޭގެ މިފަހަރުގެ ޝެފަކީ މަޤްބޫލް އިންސްޓަގްރާމް އެކައުންޓް، ސިޑީސް ކިޗަންގެ ފަހަތުގައި ހުރި ހުނަރުވެރި "ސިޑީ"އެވެ. ތިހީވީ ހަމަ ރަނގަޅަށެވެ. އަހަރެމެންނަށް ކަށިކެޔޮގެ މީރު ފޮނިފޮނި ރަހަ އައިސްކްރީމްއަށް ގެނެސް "ހުސްނުހީނާ"އަށް ހިތްޖެއްސުވި މޭސްތިރިއަކީވެސް މިއީ އެވެ. ސިޑީގެ ކާމިޔާބީގެ ބޮޅުފަތީގައި "ބްލަޑްއޮރެންޖް ބައި ސިޑީސް ކިޗަން" ހިމެނޭނެކަން ޔަގީނެވެ. -- ތަފާތު މީރު ޑިޝްތަކެއް ތައްޔާރުކޮށްލަން ބޭނުންނަމަ ސިޑީސް ކިޗަންގެ އިންސްޓަގްރާމް ޕޭޖް ފޮލޯކޮށްލަންވާނެ އެވެ. ސިޑީ މިފަހަރު އަހަރެމެންނާ ހިއްސާކޮށްލީ ރިހާކުރު ކެބެޖް މަސްހުނި ތައްޔާރުކުރާނެގޮތެވެ. ސިޑީ ދޭ ޔަގީންކަމަކީ، ކެބެޖް ކަމުނުދާ ރިހާކުރު ފޭނުންނަށްވެސް މި މަސްހުނި ވަރަށް ކަމުދާނެކަމެވެ. ބޭނުންވާތަކެތި: 1 1/2 ކެބެޖް (ތުނިކޮށް ކޮށާފަ) 1 ކުޑަ ފިޔާ (ކޮށާފަ) 1 ގިތެޔޮ މިރުސް ¼ ޖޯޑު ކާށި ހުނި 1/2 ލުނބޯއެއްގެ ހުތް ¼ ދަޅު މަސް ނުވަތަ ވަޅޯމަސް (ބޭނުންނަމަ) 1 މޭޒުމަތީ ސަމުސާ ރިހާކުރު ތައްޔާރުކުރާނެގޮތް: އެންމެ ފުރަތަމަ ގިތެޔޮ މިރުހާއި، ކޮށާފަ ހުރި ފިޔާކޮޅު އަދި ލިބޯ ހުތް ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ¼ ދަޅު މަސް ނުވަތަ ވަޅޯމަސް (ބޭނުންނަމަ) އަދި 1 މޭޒުމަތީ ސަމުސާ ރިހާކުރު ކުރިން ތައްޔާރުކުރި މިކްސްއަށް އެއްކޮށް ރަނގަޅަށް މޮޑެލާށެވެ. މިހާހިސާބުން ތުނިކޮށް ކޮށާފައި ހުރި ކެބެޖްކޮޅު އެއްކޮށްލަންވީއެވެ. ތައްޔާރުކުރި މިކްސްއާ ކާށިހުނިކޮޅު އެއްކޮށްލުމަށްފަހު ކުޑަ ފެންފޮދެއް ޖަހާލުމުން ތިތައްޔާރުކޮށްލެވުނީ ރިހާކުރު ކެބެޖް މަސްހުންޏެވެ. މިއީ އާއްމުކޮށް ގޭގެ ބަދިގެއިން ފަސޭހައިން ލިބެން ހުންނަ ތަކެތިން ، މަދަުވަގުތުކޮޅެއްގެ ތެރޭގައި ތައްޔާރުކޮށްލެވިދާނެ ވަރަށް މީރު ކާއެއްޗެކެވެ.
އަޖުމަ ބަލައިލަން ރިހާކުރު، ކެބެޖް މަސްހުނި!
އިންޑިއާގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރެކޯޑު އަދަދަކަށް ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސްތަކެއް ފެނިއްޖެ އެވެ. އިންޑިއާއިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް 5،242 ކޭސް ފެނިފަ އެވެ. މިއީ އެއް ދުވަހުގެ ތެރޭގައި މިހާތަނަށް އިންޑިއާއިން އެންމެ ގިނަ އަދަދަކަށް ފެނުނު ޕޮޒިޓިވް ކޭސްތަކެވެ. ދުނިޔޭގެ އެކި ސަރަހައްދުގައި ކޮވިޑް ފެތުރެމުންދާ އިރު އިންޑިއާއިން ގިނަ ޕޮޒިޓިވް ކޭސްތަކެއް ފެންނަން ފަށާފައި ވަނީ އެގައުމުގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުއި ދޭން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ. އެ ވައިރަސް އަށް އިންޑިއާއިން ވަނީ 96،169 މީހަކު ޕޮޒިޓިވްވެފަ އެވެ. އޭގެތެރޭގައި 56،000 އަށްވުރެ ގިނަ އެކްޓިވް ކޭސް ހިމެނޭ ކަމަށް އިންޑިއާ ސަރުކާރުން ވަނީ ހަމަކޮށްފަ އެވެ. މި މަހުގެ 31ގައި އިންޑިއާގެ ފުރަބަންދު ނެގުމަށް ވިސްނާފައިވާއިރު އެގައުމުގެ ބައެއް ފިހާރަތަކާއި ވިޔަފާރިތައް ވަނީ މިހާރު ހުޅުވަން ފަށާފަ އެވެ. އަދި ބައެއް ސަރަހައްދުތަކުގައި ދަތުރުފަތުރުކުރުމުގެ ހިދުމަތްތައް ވެސް ވަނީ މިހާރު ފަށާފަ އެވެ. ކޮވިޑް-19 އާ ގުޅިގެން އިންޑިއާއިން 120 މިލިއަނަށް ވުރެ ގިނަ މީހުންގެ ވަޒީފާ ވަނީ ގެއްލިފަ އެވެ. އެހެންކަމުން ގައުމުގެ އިގުތިސޯދު އަލުން ހުޅުވާލުމަށް އެގައުމުގެ ފުރަބަންދު ނެގުން މުހިއްމު ވެފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
އިންޑިއާގައި ރެކޯޑު އަދަދަކަށް ޕޮޒިޓިވް ކޭސްތަކެއް
ކޮވިޑް19 އާ ގުޅިގެން ކުޅުދުއްފުށި ސިޓީގައި އިއްޔެ ހިންގަން ފެށި ކާފިއުއާ ހިލާފުވާ ފަރާތްތައް 500 ރުފިޔާ އާއި 5000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ ކަމަށް ކައުންސިލުން ބުނެފި އެވެ. އިއްޔެ މެންދުރު 12:00އިން ފެށިގެން 72 ގަޑިއިރަށް ކުޅުދުއްފުށި ސިޓީ ލޮކްޑައުން ކޮށްފައި ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވި މީހަކު ދަތުރުކުރި ބޯޓެއް އެ ސިޓީގައި މަޑުކޮށް، އެ މީހާއާ ގިނަ އަދަދެއްގެ ބަޔަކާ ކޮންޓެކްޓުވެފައި ވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. ކުޅުދުއްފުށި ކައުންސިލުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ކާފިއު އިއުލާންކޮށްފައިވާ މުއްދަތުގައި ހުއްދަ ނެތި ބޭރަށް ނުކުމެ އުޅުމަކީ މަނާ ކަމެއް ކަމަށެވެ. އަދި އެންގުމާ ހިލާފުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުންޏެވެ. އެގޮތުން އެންގުމާ ހިލާފުވާ ފަރާތްތައް، ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލުން ކުރާ އަމުރަށް ނުކިޔަމަންތެރިވާ ފަރާތްތަކާއި މެދު އަދަބެއްގެ ގޮތުގައި މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި 500 ރުފިޔާ އާއި 5000 ރުފިޔާއާ ދެމެދުގެ އަދަދުކަން ޖޫރިމަނާ ކުރުމަށް ލިބިދޭ ބާރުގެ ދަށުން އަމަލު ކުރުމުގެ އިހްތިޔާރު ކައުންސިލަށް ލިބިފައިވާކަމަށް ބުނެފައިވެ އެވެ. ކުޅުދުއްފުށި ކައުންސިލުން ވަނީ މިދަނޑިވަޅުގައި ބަލި ކޮންޓްރޯލް ކުރުމަށް ހުރިހާ ރައްޔިތުން ވެސް އެއްބާރުލުން ދިނުމަށާއި ސަލާމަތީ ބާރުތަކުގެ އެންގުންތަކަށް ފުރިހަމައަށް ބޯލެބުމަށް އިލްތިމާސްކޮށްފަ އެވެ. ކުޅުދުއްފުށި ލޮކްޑައުން ކުރީ، ހއ. އުލަގަމުން ބައްޔަށް ޕޮޒިޓިވްވި މީހާ އެރަށަށް ފައިބާ، ގިނަ ބަޔަކާ ބައްދަލުވެފައި ހުރުމުންނެވެ. އޭނާއަކީ މި މަހުގެ 15 ވަނަ ދުވަހު މާލެއިން ފުރި ކަނޑުބޯޓެއްގައި އުލިގަމަށް ދިޔަ އެ ރަށު މީހެކެވެ. އޭނާ ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން، އުލިގަމާއެކު އެ ބޯޓުން މީހުން ފޭބި ރަށްތައް ވެސް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. މާލޭގައި ިބަލި ފެތުރެން ފެށި ފަހުން ވެސް، މާލެއިން ކުޅުދުއްފުށްޓަށް ގިނަ އަދަދެއްގެ ބަޔަކު ދަތުރުކޮށްފައި ވާތީ، މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން، އެ ސިޓީއަށް ދަތުރުކޮށްފައިވާ ފަރާތްތަކުން ގެއިން ނުކުތުން ވެސް މިހާރު ވަނީ މަނާކޮށްފަ އެވެ.
ކުޅުދުއްފުށީގައި ހުއްދަ ނެތި ބޭރަށްދާނަމަ 5000 ރުފިޔާއާ ހަމައަށް ޖޫރިމަނާ
ޔޫކްރެއިނުގައި ތިބި 35 ދިވެހިން ރާއްޖެ ގެނެސްފި އެވެ. ކޮވިޑާ ގުޅޭ ގޮތުން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ އެ މީހުން ރާއްޖެ ގެނެސްފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ. "އިތުރުގައުުމުތަކުގައި ތިބި ދިވެހިން ގެނައުމަށް ހާލުގައި ޖެހިފައިތިބި މީހުންގެ ހާލު ބަލާ އެމީހުންނަސް އެހީތެރިވުމުގެ މަަސައްކަތްވެސް މިވަގުތު ދަނީ ކުރަމުން،" މަބްރޫކް ވިދާޅުވި އެވެ. ޔުކްރެއިންގައި ގިނަ އަދަދަކަށް ރާއްޖޭގެ ދަރިވަރުން ޑޮކްޓަރުކަން ކިޔަވަމުން ދެއެވެ. ރާއްޖޭގައި ތާށިވެެފައިތިބި ބޭރުގެ ގައުމުތަކުގެ މީހުންވެސް އެމީހުންގެ ގައުމަށް ފޮނުވުުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތޮން މެލޭޝިއާގެ ރައްޔިތުންތަކެއް މޯލްޑިވިއަންގެ ފްލައިޓުގައި އެގައުމަށް ފޮނުވި އެވެ. އަދި އިންޑިއާާއިން ރާއްޖެ އައި މަނަވަރަކުން 698 މީހަކު އެގައުމަށްް ދާން މިހާރު ދަތުރު ފަށައިފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ. މީގެ ކުރިން މެލޭޝިއާ އަދި ސްރީލަންކާގައި ތިބި ދިވެހި ރައްޔިތުންވެސް ވަނީ ރާއްޖެ ގެނެސްފަ އެެވެ. އެ އެންމެންވެސް ފުރަތަމަ ގެންދަނީ 14 ދުވަހުގެ ކަރަންޓީނަށެވެ. އަދި ދޫކޮށްލަނީ ބަލި ނެތްކަން ޔަގީންކުރަން ޓެސްޓް ކުރުމަށް ފަހު އެވެ.
ޔޫކްރެއިނުގައި ތިބި 35 ދިވެހިން ރާއްޖެ ގެނެސްފި
އުމުރުން ދުވަސްވީ މީހުންގެ މެދުގައި ކޮވިޑް19 ފެތުރޭ މިންވަރު ބެލުމަށް ނަގާ ރެންޑޮމް ސާމްޕަލް ދިނުމަށް މަޖުބޫރު ނުކުރާނެ ކަމަށް އެންއީއޯސީ އިން ބުނެފިއެވެ. މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އެފަދަ މީހުންގެ ސާމްޕަލް ނެގުމަށް އެއްވެސް ވަރެއްގެ މަޖުބޫރެއް ނުކުރާނެ ކަމަށެވެ. އަދި ދުވަސްވީ މީހުންގެ ސާމްޕަލް ނެގުމަށް އެކަށީގެންވާ ތަރުހީބު ނުލިބޭކަންވެސް ޑރ. ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ދުވަސްވީ މީހުންގެ ސާމްޕަލްއަކީ ބައްޔަށް ޝައްކު ކުރެވިގެން ނަގާ ސާމްޕަލް އެއް ނޫން ކަމަށްވެސް ޑރ. ވިދާޅުވިއެވެ. އުމުރުން ދުވަސްވީ މީހުންނަކީ ކޮވިޑް19 ގެ އެންމެ ހައިރިސްކު އެއް ގްރޫޕެވެ. އެފަދަ ފަރާތްތަކުގެ މެދުގައި ބަލި ނެތްކަން ޔަގީންކުރުމަށް ނަގާ ސާމްޕަލްތައް ނެގުމަށް އެއްބާރުލުން ދިނުމަށް އެންއީއޯސީ އިން ވަނީ އިލްތިމާސް ކޮށްފައެވެ. މީގެ ކުރިން މިގޮތަށް ނެގި ރެންޑޮމް ސާމްޕަލަކުން ދުވަސްވީ މީހަކަށް ބަލިޖެހިފައިވާކަން ވަނީ ޔަގީންވެފައެވެ. ރާއްޖޭގައި 1106 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު 74 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ބަލީގައި މަރުވެފައިވަނީ ހަތަރު މީހެކެވެ.
ދުވަސްވީ މީހުންގެ ސާމްޕަލް ނަގަން މަޖުބޫރު ނުކުރާނެ
އައްޑޫ ސިޓީން ރޭ ދަންވަރު ހާލު ދެރަވެގެން މާލެ ގެނެސް ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނު މީހާގެ ކޮވިޑަށް ނެގަޓިވް ވެއްޖެ އެވެ. މިކަން ހާމަ ކުރެއްވީ އެޗްޕީއޭ އިން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައެވެ. އެޗްޕީއޭ އިން ކުރި ޓްވީޓެއްގައި ބުނީ، ޕޮޒިޓިވްވީ މީޙާ ކޮވިޑަށް ހެދި ދެވަނަ ޓެސްޓުން އޭނާ ނެގަޓިވްވެފައިވާ ކަން ޔަގީންވެފައިވާ ކަމަށެވެ. އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ މެނޭޖޭރު ސާދާތް ޝަރަފު މިއަދު "ސަން" އަށް ވިދާޅުވީ ހިތުގެ މައްސަލައެއް ހުންނަ އެ މީހާ ހޮސްޕިޓަލަށް ގެނައީ، އިއްޔެ ހެނދުނު 8:00 ގައި ކަމަށާއި އޭނާ ގައިން ކޮވިޑަށް ޝައްކު ކުރެވޭ އެއްވެސް ކަހަލަ އަލާމާތެއް ފެނިފައި ނުވާ ކަމަށެވެ. މަރަދޫފޭދޫއަށް ނިސްބަތްވާ އެ މީހާއަކީ، މާލެ އަތޮޅުގައި އޮންނަ އަންނަތާރާގެ ރިސޯޓެއްގައި މަސައްކަތް ކުރި މީހެއް ކަމަށްވެސް ވިދާޅުވި އެވެ. އަދި އޭނާ އައްޑޫއަށް އައީ މީގެ ދެމަހެއްހާ ދުވަސް ކުރިން ކަމަށް ވެސް ސާދާތު ވިދާޅުވި އެވެ. އެކޭސްއާ ގުޅިގެން އައްޑޫ ސިޓީ ވަނީ ފުލް ލޮކްޑައުންއަކަށް ގެންގޮސްފަ އެވެ. އެޗްޕީއޭ އިން މިރޭ އާންމު ކުރި މައުލޫމަތުތަކަށް ބަލާއިރު، ރާއްޖޭގެ ޖުމްލަ އަދަދަކީ، 765 އެވެެ. ނަމަވެސް އެއީ އައްޑޫ ކޭސްއާ އެކުކަމެއް ޔަގީންނެެއް ނޫނެެވެ. މިއަދު ވައިރަހުން އިތުރުނ ނުވަ މީހަކު ވައިރަހުން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ރާއްޖެއިން ވައިރަހުން ރަނގަޅު ޖުމްލަ މީހުންގެ އަދަދަކީ، 29 އެވެ.
އައްޑޫ އިން ޕޮޒިޓިވްވި މީހާ ދެވަނަ ޓެސްޓް ހެދިއިރު ނެގެޓިވް
ކޮވިޑް-19އާ ދެކޮޅަށް ކުރާ މަސައްކަތަށް ނުކުތުމަށް ތައްޔާރަށް ތިބުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ ހުރިހާ މުވައްޒަފުންގެ ކިބައިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ. މާލޭގައި ކޮވިޑް-19 ވައިރަސް ފެތުރި މާލެއިން އެކަނި 66 މީހުންނަށް ވަނީ ވައިރަސް ޖެހިފަ އެވެ. އަދި ވައިރަސް ޖެހުނު މީހުންނާ ކޮންޓެކްޓުވި މީހުން އަތޮޅު ތެރޭގެ ރަށްރަށުގައި އެބަ ތިއްބެވެ. އެކަމާ ގުޅިގެން ސިއްހީ ހިދުމަތްތެރިންނާއި ސިފައިންނާއި ފުލުހުން އަދި ދަރުމަވެރިން ދަނީ 24 ގަޑިއިރު ބަލި ކޮންޓްރޯލުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ. ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ ހާލަތާ ގުޅިގެން، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ސޮއި ކުރައްވައި މިރޭ ނެރުއްވި ދެންނެވުމެއްގައިވަނީ، ކޮވިޑް-19 ބަލި ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި ހަލުވިކޮށް ފެތުރެމުންދާތީ، އެކަމާ ދެކޮޅަށް ސިޓީތަކާއި އަތޮޅުތަކާއި ރަށްރަށުގައި ކުރަންޖެހޭ މަސައްކަތްތައް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ޓާސްކް ފޯސްތަކާއި، ކައުންސިލްތަކާއި، ސިޓީތަކާއި ރަށްރަށުގައި ހުރި ސަރުކާރުގެ އޮފީސްތަކުން ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި ސިވިލް ސާވިސްގެ މުވައްޒަފުންނާއި، ޖުޑީޝަލް ސާވިސްގެ މުވައްޒަފުންނާއި، ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އެހީތެރިކަން ބޭނުންވާ ކަމަށް ރައީސް ވިދާޅުވި ކަމަށް އެ ދެންނެވުމުގައިވެ އެވެ. "ކަމާބެހޭ ފަރާތްތަކުން އެދިވަޑައިގަތުމުން، މުވައްޒަފުންގެ އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ގައުމަށް ކުރިމަތިވެފައިވާ މި ބޮޑު ކާރިސާއިން އަރައިގަތުމަށްޓަކައި ދައުލަތުގެ ހުރިހާ މުވައްޒަފުންގެ އެއްބާރުލެއްވުން ސަރުކާރަށް ބޭނުންވާ ކަމުގައި ދަންނަވަންވެސް ރައީސް ވިދާޅުވި އެވެ،" ރައީސް އޮފީހުގެ ދެންނެވުމުގައިވެ އެވެ. އަތޮޅު ތެރޭގެ ޓާސްކް ފޯސްތަކުގަ އާއި ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ކުރާ އެންމެހައި މަސައްކަތްތައް ކުރުމުގެ އެންމެ އިސް ސަފުގައި މިހާރުވެސް ހަރަކާތްތެރިވާ އެއްބަޔަކީ ދައުލަތުގެ މުވައްޒަފުންކަން ރައީސް ވަނީ ފާހަގަ ކުރައްވައިފަ އެވެ. މީގެ އިތުރުން، ބަލި ޖެހޭ މީހުންނަށް ފަރުވާދިނުމަށާއި، ބަލި ޖެހޭ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުން ކުޑަކުރުމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ނެރޭ އަމުރުތަކަަށާއި، އެންއީއޯސީގެ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ރައީސް ވަނީ ދައުލަތުގެ ހުރިހާ މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. މާލޭގައި ވައިރަސް ވަރަށް ބޮޑަށް ފެތުރި ކޮންމެ ދުވަހަކު އަންނަނީ ގިނަ ކޭސްތަކެއް މާލެއިން ފެންނަމުންނެވެ. މިދިޔަ ދެ ދުވަހު 17 ކޭސް ފެނިފައިވެ އެވެ. އަދި މިއަދުގެ މިހާތަނަށް ދެ ކޭސް ފެނިފައިވެ އެވެ. ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް، މާލޭ ސަރަހައްދުގައި މީހުން ބޭރަށް ނުކުތުމާ އަދި ލަފާކުރުން މަނާކޮށް މާލޭ ސަރަހައްދު މިހާރު އޮތީ ލޮކްޑައުންގެ ހާލަތަށް ގެނެސްފަ އެވެ. އަދި މުޅި ރާއްޖޭގައިވެސް ވަނީ ސަލާމަތީ ފިޔަވަޅުތައް އަޅައިފަ އެވެ. އޭގެ ތެރޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާ ކުރުމާއި، ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުން ހިމެނެ އެވެ.
ދައުލަތުގެ ހުރިހާ މުވައްޒަފުން ތައްޔާރަށް ތިބުމަށް ރައީސް އެދިވަޑައިގެންފި
ކައުންލަރުންގެ ދައުރު އިތުރުކުރުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ދެ ބިލެއް ހުށަހަޅާފައިވާތީ ލާމަރުކަޒީ ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދާނެ މިސްރާބެއް ނޭނގި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ލަފައެއް ހޯދަން ކޮމިޓީއިން ނިންމައިފި އެވެ. ކައުންސިލަރުންގެ ދައުރު ޖޫން މަހުގެ ތިން ވަނަ ދުވަހަށް ހަމަވެ އެވެ. ދައުރު އިތުރުކުރުމަށް ސަންސެޓް ބިލެއް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވަނީ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ. އެ ބިލު އޮތީ ކޮމިޓީ މަރުހަލާގަ އެވެ. އޭގެ އިތުރުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ހުށަހަޅުއްވާފައި ވަނީ ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން ކައުންސިލަރުންގެ ދައުރު ދިގު ކުރުމަށެވެ. އެ ބިލުގެ ފުރަތަމަ ކިޔުން އިއްވީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ. މެމްބަރު ހަސަން ލަތީފު ހުށަހެޅުއްވި ބިލު ކޮމިޓީ މަރުހަލާގައި ކުރިއަށް ގެންދާނެ ގޮތެއް ނޭނގިގެން މެމްބަރުން ވަރަށް ހޫނު ބަހުސެއް ކުރި އެވެ. މައްސަލައަކަށް ވީ އެއް ނަތީޖާއެއް ނުކުންނަ ގޮތަށް ދެ ބިލެއް މިހާރު މަޖިލީހުގައި ހުށަހެޅި ކުރިއަށް ދާތީ ކޮމިޓީގައި މަސައްކަތް ކުރިއަށް ގެންދާނެ ގޮތެއް ނޭނގިގެނެވެ. އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ހުށަހެޅުއްވީ އެކަމުގައި ކުރިއަށް ދާނެ ގޮތަކާމެދު މަޖިލީހުގެ ރައީސާއި ޕާލިމެންޓްރީ ގްރޫޕުތަކުގެ ލީޑަރުންގެ ލަފާ ހޯދުމަށް ފަހު ދެން ކުރިއަށް ދާނެ ގޮތެއް ނިންމުމަށެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެވެ. އެ ހުށެހެޅުމަށް ހަ މެމްބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ. "އަޅުގަނޑު ހުށަހަޅަން މަޖިލީހުގެ ރައީސާއެކީގައި އަދި ޕާޓީތަކުގެ އަޅުގަނޑަށް ހީވަނީ މަޖިލިސް ތެރޭގައި އޮވޭ ކަންނޭގެ މިކަހަލަ ވަރަށް ބޮޑަށް މަޖިލިސް ތެރޭގައި ހިޔާލުތަފާތުވާ ކަންތައްތަކުގައި ޕާޓީތަކުގެ ޕީޖީ ލީޑަރުންނާއި މުގައްރިރުންނާއި ހިމެނޭ ކޮންމެސް އިންތިޒާމެއް އޮވޭކަންނޭނގެ. އެހިސާބުން ސާފުކުރައްވަން ވީނުންތޯއޭ އަޅުގަނޑުމެން ކުރިއަށް ދާނެ އަމާޒެއް،" މެމްބަރު ވައްޑޭ ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން --- ސަންފޮޓޯ/ ފަޔާޒު މޫސާ ކައުންސިލަރުންގެ ދައުރާ މެދު ވީހާވެސް އަވަހަށް ގޮތް ނިންމަން ޖެހޭ ކަމަށް ކޮމިޓީގެ މުގައްރިރު އަދި ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ހިސާން ހުސައިންވެސް ފާހަގަ ކުރެއްވި އެވެ. ހިސާން ވިދާޅުވީ ދައުރާ މެދު ގޮތް ނިންމަން ހުށަހަޅާފައިވާ ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދެ ހަފްތާގެ މުއްދަތެއް ދެން ނެތް ކަމަށެވެ. އަދި ދައުރު ހަމަވާއިރު އެ މަސައްކަތް ނުނިމިއްޖެ ނަމަ ގާނޫނީ ހުސްކަމަކަށް ދާނެ ކަމަށް ހިސާން ވިދާޅުވި އެވެ. "އަޅުގަނޑު ތި ހުރިހާ ބޭފުޅުންގެ ސަމާލުކަމަށް ދަންނަވަން ހަމަ މިހާރުގެ އެގްޒިސްޓިންގް ކައުންސިލުތަކުގެ މުއްދަތު ހަމަވާން ދެހަފްތާއަށް ގާތްގަނޑަކަށް މިވީ. އެހެންވީމާ އަޅުގަނޑުމެންނަށް ޑިސިޝަންތަކެއް ނަގައިގެން ކުރިއަށް ނުގެންގޮސް ދެވިއްޖެއްޔާ ދެހަފްތާ ނިމިގެންދާއިރު މުޅި ސިސްޓަމް ހުސް ކަމަކަށް ދާނެ،" ހިސާން ވިދާޅުވި އެވެ. ކައުންސިލަރުންގެ ދައުރު ދިގު ނުކުރުމާ ބެހޭގޮތުންވެސް މިރޭގެ ކޮމިޓީގައި ވަރަށް ފުޅާކޮށް ވާހަކަދެއްކި އެވެ. މެމްބަރު ވައްޑޭ ވިދާޅުވީ މިހާރު ތިބި ކައުންސިލަރުން ފިޔަވައި އިތުރު ބަޔަކު ކައުންސިލުތަކުގެ ދައުރު ދިގު ދައްމަން ބޭނުންވާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. ކައުންސިލަރުންގެ ދައުރާމެދު ގޮތް ނިންމުމުގެ މައްސަލާގައި މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފަ އެވެ. އެއީ ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން ކުރިއަށް ދާނީތޯ ނުވަތަ ސަންސެންޓް ގާނޫނުން ދައުރު ދިގު ކުރާނީތޯ ކުރެވޭ ބަހުސެވެ. މަޖިލީހުގެ ކައުންސިލަ ޖެނެރަލް އަދި ބަންޑާރަ ނައިބުވެސް ލަފާ ދެއްވާފައިވަނީ ކައުންސިލުތަކުގެ ދައުރު ދިގު ކުރެވޭނީ ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން ކަމަށެވެ.
ކައުންސިލަރުންގެ ދައުރާ ގުޅޭ ދެބިލެއް އޮތުމުން މަޖިލިސް ރައީސްގެ ލަފާ ހޯދަނީ!
ކޮވިޑް19 އާއި ގުޅިގެން ޓާގެޓެޑް ސާމްޕަލްތަކެއް ނަގާފައިވާނެކަމަށް ރެޕިޑް ރެސްޕޮންސް ޓީމު (އާރްއާރުޓީ) އިން ބުނެފިއެވެ. ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާރްއާރުޓީގެ ފަރާތުން ވާހަކަ ދައްކަވަމުން އަބްދުލް ހަމީދު ވިދާޅުވީ އެކްޓިވް ސާވަލަންސްގެ ގޮތުގައި މީހުންގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އެގޮތުން ސަޕްލައި ޗެއިންގައި މަސައްކަތްކުރާ މީހުންނާއި، ފުޑް ޑެލިވަރީގައި މަސައްކަތްކުރާ މީހުން، ޓެކްސީ ޑްރައިވަރުން އަދ ބޯޓުތަކާއި ދޯނިތަކުގައި މަސައްކަތްކުރާ މީހުންގެ ސާމްޕަލް ނަގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ކަންމަތީ ފިހާރަތަކުގައި މަސައްކަތްކުރާ މީހުންނާއި ސުޕަމާކެޓްތަކަށް ވިޔަފާރި ކުރަންގޮސް ކިޔުގައި ތިބޭ މީހުންނާއި އުމުރުން ދުވަސްވީ މީހުން އަދި އާންމުންގެ ތެރެއިންވެސް އެކްޓިވް ސާވަލަންސްގެ ގޮތުގައި ސާމްޕަލް ނަގާފައިވާ ކަމަށް ހަމީދު ވިދާޅުވިއެވެ. "އެކި ދުވަސްދުވަސް އެކި ފަރާތްތަކަށް ހާއްސަ ކުރެވިގެން ޓެސްޓިންގެ މަސައްކަތް ކުރިއަށްދަނީ،" ހަމީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޓެސްޓު ކުރުމުގައި ވަރަށް ގިނަ ފަހަރަށް ކަންބޮޑުވުން ހުރެދާނެ ކަމަށާއި އެގޮތުން ޓެސްޓު ކުރަންދާނެ ކަމަށްބުނެ ލަސްވުން ފަދަ ކަމެެއް މެދުވެރިވެދާނެ ކަމަށެވެ. ނަމަވެސް އެއީ ބޭނުންވާ ގޮތް ނޫންކަމަށާއި ނަމަވެސް،، ކޮންމެ ގެއަކަށްވަނުމަށްހު، ފުލް ޕީޕީއީ ބަދަލު ކުރަންޖެހޭތީ، ޑިލޭ އަންނަކަމަށް އޭނާ ފާހަގަކުރެއްވިއެވެ. "އެއް ގެއަކަށްވަދެފައި ބަލި ހުރެދާނެެ މީހަކަށް އެޓެންޑުކޮށްފައި، އެ ހުރިގޮތަކަށް އެހެން މީހަކަށް އެޓެންޑެއް ނުކުރެވޭނެ. އެހެންވީމާ އެބަޖެހޭ ޕީޕީއީ ބަދަލު ކުރަން،" ހަމީދު ވިދާޅުވީ ަދަކަށް ސާމްޕަލް ނެގުމުން ވަކި އަދޓީމެއްގެ ލިމިޓް ހަމަވާނެ ކަމަށާއި ދެން މަސައްކަތަށް ނިކުންނާނީ އެހެން ގްރޫޕެއް ކަމަށެވެ. ސާމްޕަލް ނަގަނީ އާރްއާރްޓީގެ މެންބަރުންގެެ ސަލާމަތަށްވެސް ސަމާލުކަންދީގެން ކަމަށް އޭނާ ވިދާޅުވިއެވެ. އާރްއާރުޓީގެ މެންބަރުންނަކީ ކޮންމެދުވަހަކުވެސް ޕޮޒިޓިވް މީހުން އަދި ބަލި ހުރެދާނެ މީހުންނާ ބައްދަލުވާ ބަޔެއް ކަމަށާއި އެ ޓީމުގައި މަސައްކަތްކުރާ ފަރާތްތަކަކީ އެކަންއެނގި ތިބެ ހިތްވަރާއެކު މަސައްކަތް ކުރާ ބަޔެއް ކަން ހަމީދު ފާހަގަ ކުރެއްވިއެވެ. އަދި އެކަމާހުރެ އެޓީމުގައި މަސައްކަތްކުރަން ބައެއް މީހުން ޖެހިލުންވާކަމަށް ހަމީދު ވިދާޅުވިއެވެ.
ޓާގެޓެޑް ސާމްޕަލްތަކެއް ވާނީ ނަގާފައި: އާރްއާރްޓީ
ހުޅުމާލޭގައި ބިދޭސިންތަކަކަށް ވަޅިން ހަމަލާ ދިން މީހުން ދޫވީ، ހެކި ނެތް ކަމަށް ބުނެ ޕްރޮސެކިއުޓާ ޖެެނެރަލް އޮފީހުން ދައުވާ ނުކުރުމުން ކަމަށް ފުލުހުން މިރޭ ބުނެފިއެވެ. މިދިޔަ ފެބުރުއައީ ހަތަރު ވަނަ ދުވަހުގެ ރޭ ހުޅުމާލޭގެ ތިން ސަރަހަދެއްގައި ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމްވެފަައި ވަނީ ޗައިނާގެ ދެ ރައްޔިތެއް އަދި އޮސްޓްރޭލިއާގެ ފަތުރުވެރި އެކެވެ. މި މައްސަލައިގައި އަށް މީހަކު ހައްޔަރު ކުރިއެވެ. ފުލުހުން ބުނީ، އެ މައްސަލައިގައި ބަންދުކުރެވިފައި ތިބި މީހުންގެ ތަހުގީގު ފުރިހަމަކޮށް ގާނޫނުގައި ބުނާ މުއްދަތުތެރޭގައި ދައުވާ ކުރުމަށް ހުށަހެޅިކަމަށެވެ. ނަމަވެސް ޕީޖީގެ ފަރާތުން މި މައްސަލަ ކޯޓުގައި ދައުވާކޮށްފައި ނުވާކަމަށް ފުލުހުން ބުންޏެވެ. "މި މައްސަލައިގައި ފުލުހުންގެ ތަހުގީގަށް ހޯދާފައިވާ ހެއްކާ ގަރީނާތަކުގެ މައްޗަށް ދައުވާ ކުރެވެން ނެތް ކަމަށް [ޕީޖީއިން] ނިންމުމާ ގުޅިގެން މި މައްސަލައިގައި ބަންދުކޮށްފައި ތިބި މީހުން ވަނީ ބަންދުން ދޫކުރެވިފައި،" ފުލުހުން ބުންޏެވެ. ފުލުހުން އިތުރަށް ބުނީ، މި މައްސަލައާ ގުޅިގެން އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ދާކަމަށެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ. ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޒާޔު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އެ މީހުންގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް މައްސަލަ ފޮނުވީ، މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. އެދުވަހު ރިޔާޒު ވިދާޅުވީ، އަށް މީހުންގެ ތެރެއިން ހަތް މީހަކު ހައްޔަރުކޮށްފައިވަނީ ފެބުރުއަރީ މަހުގެ 13 ވަނަ ދުވަހު ކަމަށެވެ. އަދި މި މައްސަލައިގައި ދެން ހިމެނޭ މީހާ ހައްޔަރުކުރީ މާޗު މަހުގެ ދެވަނަ ދުވަހު ތ. ތިމަރަފުށިން ކަމަށް ރިޔާޒު ވިދާޅުވިއެވެ. ދާދި ފަހުން ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުގައި، ޓެރަރިޒަމްގެ މައްސަލަތަކުގައި ބަންދު ކުރާ މީހުންގެ ބަންދުގެ މުއްދަތު ފުރަތަމަ ޖަހާ ދުވަހުން ފެށިގެން 45 ދުވަހުގެ ތެރޭގައި ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން ޖެހެ އެވެ ފުލުހުން އެދޭނަމަ މައްސަލައިގެ ބާވަތައް ބަލައި އިތުރު 30 ދުވަސް ދައުވާ ކުރުމަށް އިހްތިޔާރު އެ ގާނޫނުން ދީފައިވެއެވެ. އެހެން ކަމުން ގިނަވެގެން 75 ދުވަހުގެ ތެރޭ ދައުވާ ކުރަން ފޮނުވަން ޖެހެއެވެ. . އަދި ޕީޖީއަށް ފުލުހުން މައްސަލަ ފޮނުވާތާ 15 ދުވަހުގެ ތެރޭގައި އެފަދަ މީހުންގެ މައްޗަށް ދައުވާ އުފުލަން ވާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އެނގިފައިވާ ގޮތުގައި އަސްލު މައްސަލައިގައި ދައުވާ ނުކުރެވޭނެ ކަމަށް ބެލެވޭތީ އެ މީހުންގެ މައްޗަށް ތުހުމަތުވާ އެހެން މައްސަލަތަކެއް ހުރުމުން، ފުލުހުން މިހާރު ވަނީ އެ މައްސަލަތަކުގައި ތަހުގީގު ފަށާފަ އެވެ. އެ މީހުން ދޫވެފައި ތިބުމުން، މުޖުތަމައަށް ނުރައްކަލެއް ކުރިމަތުވެދާނެތީ، ހޯމް މިނިސްޓަރު ހައިކޯޓަށް ހުށަހަޅައިގެން އެ މީހުންގެ މައްޗަށް ވަނީ "މޮނިކޮން އަމުރެއް" ނެރެފަ އެވެ. އެ އަމުރާ އެކު އެ މީހުންގެ ފައިގާ ޓެގް އަޅުވައިގެން މޮނީޓާ ކުރުމުގެ ބާރު އެއް އަހަރު ދުވަހުގެ މުއްދަތަށް ފުލުހުންނަށް ވަނީ ލިބިފަ އެވެ. ރިޔާޒް މީގެ ކުރިން ވިދާޅުވީ ތަހުގީގަށް ބިދޭސިންނަށް ހަމަލާ ދިނުމުގައި އަމަލީގޮތުން ބައިވެރިވެފައި ވަނީ ހަތަރު މީހެއްކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެމީހުން ހަމަލާދިނުމުގައި ބޭނުންކުރި ސައިކަލުތަކާއި، ބަދަލުކޮށްފައި ހުރި ނަންބޯޑުތަކާއި ހަމަލާ ދިނުމަށް ބޭނުންކުރި ވަޅިއާއި، އެވަގުތު އެމީހުން ލައިގެން ތިބި އަންނައުނުތައް ހޯދުނު ކަމަށް ރިޔާޒް ވިދާޅުވެފައިވެ އެވެ. އަދި ވިދާޅުވެފައި ވަނީ އެ މީހުންގެ ދިރިއުޅޭ ތަންތަނާއި ގެންގުޅުނު އިލެކްޓްރޯނިކް ވަސީލަތްތައް އެނަލައިޒް ކުރިއިރު، އޭގެއިން ޓެރަރިޒަމަށް ހިތްވަރު ދޭ މެޓީރިއަލްތަކެއް ވަނީ ފެނިފަ އެވެ. ތަހުގީގައި ލިބުނު މި މައުލޫމާތުތަކަށް ބަލައި ފުލުހުން ނިންމީ، އެ ހަމަލާތަކަކީ މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ ސެލްއަކަށް ނިސްބަތްވާ ބައެއް ހިންގި ކަމެއް ކަމަށެވެ. އަދި އެ މީހުން އެ ހަމަލާދިނީ ހަރުކަށި ފިކުރާ ދެކޮޅަށް ރ. މަޑުއްވަރީގައި ހިންގި އޮޕަރޭޝަނާ ގުޅިގެން އެ އޮޕަރޭޝަން ހުއްޓާވާލަން މަޖުބޫރު ކުރުމުގެ ގޮތުން ކަމަށެވެ. ޓޫރިސްޓުންނަށް ހަމަލާދިން މީހުން މިނިވަންވުމުގެ ބިރު އިތުރަށް ވިދާޅުވުމަށް
ފަތުރުވެރިންނަށް ހަމަލާ ދިން މީހުން ދޫވީ ހެކި ނެތް ކަމަށް ބުނެ ދައުވާ ނުކުރުމުން: ފުލުހުން
ދަރިފުޅުގެ ބޭނުންތައް ފުއްދައި ދިނުމަށް ބެލެނިވެރިން ތަފާތު މަސައްކަތް ކުރާނެ އެވެ. މިފަހަރު ދަރިފުޅު މެކްޑޯނަލްޑް ބޭނުން ވުމުން އެ ހޯދައިދެވެން އޮތް ހަމައެކަނި ގޮތަށް އެ ހޯދައިދިނީ އެވެ. އެއީ ކާރެއް ނެތުމުން ޑްރައިވް ތްރޫއަށް ކާޑްބޯޑު ކާރެއްގައި ގޮސް މެކްޑޯނަލްޑް ހޯދީ އެވެ. މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރެސްޓޯރެންޓްތަކުން ފޯރުކޮށްދޭ ހިދުމަތްތައް ވަނީ ބެލްޖިއަމްގައިވެސް މެދުކަނޑާލާފަ އެވެ. އެހެންކަމުން މިހާރު އެތަކެތި ބޭނުންވާ ނަމަ ޖެހޭނީ ޓޭކްއަވޭ ނުވަތަ ޑްރައިވް ތްރޫ ހިދުމަތް ބޭނުންކުރާށެވެ. އެހެންނަމަވެސް ޑްރައިވްތްރޫ ހިދުމަތް ހޯދުމަށް ބޭނުންވާނަމަ ކާރެއް އޮންނަން ޖެހޭނެ އެވެ. ނެތަލީ މޯމަންސް، އޭނާގެ 16 އަހަރު އަންހެން ދަރިފުޅު މެކްޑޯނަލްޑް އިން ކާއެއްޗެހި ބޭނުންވިއިރު އެކަން ފަސޭހައިން ކޮށްދެވޭނެ ގޮތެއް ނެތެވެ. ބެލްޖިއަމްގެ ސިޓީއެއް ކަމަށްވާ ލަ ލޫވިއޭގައި ދެމައިން މެކްޑޯނަލްޑް އަށް ދިޔައީ ކާރެއް ނެތުމުން، މޮޅު ގޮތެއް ހޯދައިގެންނެވެ. ޑްރައިވް ތްރޫ މެދުވެރިކޮށް މެކްޑޯނަލްޑް ހިދުމަތް ހޯދާފައިވަނީ ކާޑްބޯޑު ކާރެއްގަ އެވެ. "ދަރިފުޅު ބޭނުންވީ މެކްޑޯނަލްޑް އަށް ދާން ވެގެން. އެކަމު އަހަރެމެން އަތުގައި ކާރެއް ނެތީމައި ދެވޭކަށް ނެތް ހިދުމަތް ހޯދުމަށް. އެހެން ބައެއްގެ ގާތުގައި އެހެން ނެތީ ލޮކްޑައުންއެއް އޮތީމައި،" މޯމަންސް ބުންޏެވެ. ދެމައިން އެކަންތައް ކުރީ ފުރަތަމަ ޖޯކެއްގެ ގޮތުގައެވެ. ނަމަވެސް އެންމެ ފަހުން އެ ކާޑްބޯޑު ކާރު ހެދުމުން ދެމައިން އެ ކާރު ހިފައިގެން ދިޔައީ މެކްޑޯނަލްޑް ޑްރައިވް ތްރޫއަށެވެ. އެ ކާރުގެ ބޭރުގައި ލިޔެފައި ވަނީ؛ "މައާފުކުރައްވާ. ކާރެއް ނެތް. އެކަމު މެކްޑޯނަލްޑް ބޭނުންވޭ އެބަ،" އެވެ. އެންމެފަހުން ދެމައިން ގޮސް މެކްޑޯނަލްޑް އިން އޯޑަރު ކުރުމުން ދެމީހުންގެ މަސައްކަތް ފެނަށް ގޮސްފައި ނުވާކަން ހާމަވި އެވެ. މެކްޑޯނަލްޑް އިން ދެމައިންގެ އޯޑަރަށް ތަކެތި ވިއްކާފައިވެ އެވެ.
މެކްޑޯނަލްޑް ޓޭކްއަވޭއަށް ދިޔައީ ކާޑްބޯޑު ކާރެއްގައި!
ކޮރޯނާވައިރަސް، ކޮވިޑް-19 ޖެހިފައިވާ އިތުރު ދެ ދިވެހިން މާލެއިން ފެނިފައިވާކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފި އެވެ. އެޗްޕީއޭއިން މިރޭ ހާމަކުރި ގޮތުގައި އެ ދެ ދިވެހިންނަކީ ވެސް ވައިރަހުގެ އަލާމާތްތައް ހުރެގެން، ފްލޫ ކުލިނިކަށް ގޮސް ޓެސްޓް ހެދުމުން ބައްޔަށް ޕޮޒިޓިވްވި ދެ ފަރާތެކެވެ. އަދި އެ މީހުން އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިޔުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ބުންޏެވެ. މާލޭގެ ކޮމިއުނިޓީ ސްޕްރެޑްގެ ފުރަތަމަ ކޭސް މިމަހުގެ 15 ވަނަ ދުވަހު ރިޕޯޓްކުރި ފަހުން، މާލެއިން ފެނުނު ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު މި ވަނީ 66 އަށް އަރައިފަ އެވެ. މިހާތަނަށް މުޅި ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު، 86 އަށް އަރަ އެވެ. މިހާތަނަށް މާލެއިން ބޭރުން ކޭހެއް އަދި ފެނިފައި ވަނީ ހއ. އުލިގަމުން އެކަންޏެވެ. މާލޭގައި ވައިރަސް ވަރަށް ބޮޑަށް ފެތުރި ކޮންމެ ދުވަހަކު އަންނަނީ ގިނަ ކޭސްތަކެއް މާލެއިން ފެންނަމުންނެވެ. އިއްޔެ އެކަނިވެސް 17 މީހަކު ވަނީ، ވައިރަށް ޕޮޒިޓިވްވި އެވެ. ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް، މާލޭ ސަރަހައްދުގައި މީހުން ބޭރަށް ނުކުތުމާ އަދި ލަފާކުރުން މަނާކޮށް މާލޭ ސަރަހައްދު މިހާރު އޮތީ ލޮކްޑައުންގެ ހާލަތަށް ގެނެސްފަ އެވެ. އަދި މުޅި ރާއްޖޭގައިވެސް ވަނީ ސަލާމަތީ ފިޔަވަޅުތައް އަޅައިފަ އެވެ. އޭގެ ތެރޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާ ކުރުމާއި، ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރުން ވަނީ މިހާރު ހުއްޓާލައިފަ އެވެ.
އިތުރު 2 ދިވެއްސަކަށް ކޮވިޑް ޖެހިއްޖެ، މާލޭގެ އަދަދު 66 އަށް
ކުރީގެ އަނބިކަނބަލުންގެ މަރުގެ މައްސަލައިގައި ކުރެވޭ ތުހުމަތުތަކާ ހެދި، ލެސޯތޯގެ ބޮޑުވަޒީރު ތޯމަސް ތަބާނޭ މަގާމުން އިސްތިއުފާ ދިނުމަށް ނިންމަވައި، އެކަން އިއުލާންކޮށްފި އެވެ. ބޮޑުވަޒީރު ތަބޭންގެ ކުރީގެ އަނބިކަނބަލުން ލިޕޮލެލޯ ތަބާނޭ އަވަހާރަވީ ބަޔަކު ދިން ބަޑީގެ ހަމަލާއެއްގައި، 2017 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި، އޭނާ ދިރިއުޅުއްވަމުން ގެންދެވި ގެއަށް ވަންނަވަނިކޮށެވެ. މިކަން ހިނގީ ދެ ބޭފުޅުންގެ ވަރީގެ މައްސަލަ ކުރިއަށް ގެންދަނިކޮށެވެ. އަދި ލިޕޮލެލޯ އަވަހާރަވިތާ މަހެއްހާ ދުވަސް ތެރޭގައި ބޮޑުވަޒީރު ތަބާނޭ، އޭނާގެ މިހާރުގެ އަނބިކަނބަލުންނާ ކައިވެނިކުރެއްވިއެވެ. ލިޕޮލެލޯގެ މަރުގައި ތޯމަސް ތަބާނޭގެ ދެކަނބަލުންގެ އަތެއް ވާކަމަށް ތުހުމަތު ކުރެވެއެވެ. އަދި ބޮޑުވަޒީރުގެ މިހާރުގެ އަނބިކަނބަލުން މައެސަޔާ ތަބާނޭއަށް މަރުގެ ދައުވާ އުފުލާފައިވެއެވެ. ބޮޑުވަޒީރަށް ދައުވާ ކޮށްފައި ނުވި ނަމަވެސް މައްސަލައާ ބެހޭގޮތުން އޭނާއާ ސުވާލުކޮށްފައިވެއެވެ. އުމުރުން 80 އަހަރުގެ ބޮޑުވަޒީރު ވިދާޅުވަމުން ގެންދެއްވީ އޭނާއާ ދެކޮޅަށް ތުހުމަތުތައް ކުރަނީ ސިޔާސީ ބޭނުމުގައި ކަމަށެވެ. ތުހުމަތުތަކާ ހެދި ތަބާނޭ މަގަމުން އިސްތިއުފާ ދިނުމަށް އޭނާގެ އަމިއްލަ ޕާޓީންވެސް މަސައްކަތް ކުރަމުން ދިޔައެވެ. އެތައް ޕްރެޝަރަކަށްފަހު ތަބާނޭ ވިދާޅުވީ މި އަހަރުގެ ޖުލައި މަހުގައި ވެރިކަމުން ފައިބައިވަޑައިގަންނަވާނެ ކަމަށެވެ. ލެސޯތޯގެ ބޮޑު ވަޒީރު ތޯމަސް ތަބާނޭގެ ކުރީގެ އަނބިކަނބަލުން ލިޕޮލެލޯ ތަބާނޭ. ލިޕޮލެލޯގެ މަރުގެ މައްސަލައިގައި ބޮޑު ވަޒީރު ތަބެންއަށް ވަނި ތުހުމަތުތަކެއް ކުރެވިފައި. -- ފޮޓޯ/ލެސޯތޯ ޓައިމްސް މި އަހަރުގެ ތެރޭގައި ލެސޯތޯގެ ސިޔާސީ މަސްރަހަށް ލޮޅުންތަކެއް އަރާފައިވާ އިރު، އެގައުމުގެ ވެރިކަން ކުރާ ކޯލިޝަން މިދިޔަ ހަފްތާގައި ރޫޅި، ތަބާނޭއަށް ގާނޫނު ހަދާ މަޖިލީހުގައި އޮތް އަގުލަބިއްޔަތުވެސް ވަނީ ގެއްލިފައެވެ. ލެސޯތޯގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަ ގޮތުން ތަބާނޭ މަގާމުން އިސްތިއުފާދިނުމަށް މިހާ ގިނަ ދުވަސް ވެގެން ދިޔައީ ލިޕޮލެލޯގެ މަރުގެ މައްސަލައިގައި ކުރެވޭ ތަހުގީގު ހުއްޓުވަން އަމިއްލަ ޕާޓީއާއެކު މަޝްވަރާކުރަމުން ދިއުމުގެ ސަބަބުންނެވެ. ބޮޑުވަޒީރު ތަބާނޭއަކީ ސިޔާސީ ވާދަވެރިކަމަށް އާ ބޭފުޅޭއް ނޫނެވެ. ދެހާސް ސާދަވަނަ އަހަރު ލެސޯތޯގެ އަސްކަރިއްޔާއިން ބަގާވާތްކޮުރަން އުޅޭކަމަށް ބުނެ، ދެކުނު އެފްރިކާއަށް ތަބާނޭ ވަޑައިގެން ފިއްލެވިއެވެ. މި ތުހުމަތުތަކަށް އަސްކަރިއްޔާއިން ތުހުމަތުތަކަށް އިންކާރުކުރި އިރު، ތަބާނޭ އެނބުރި ލެސޯތޯއަށް ވަޑައިގަތީ ފުލުހުންގެ ރައްކާތެރިކަމުގެ ދަށުންނެވެ.
ކުރީގެ އަނބިކަބަލުންގެ މަރުގެ ތުހުމަތު ރައްދުވާ ލެސޯތޯގެ ބޮޑުވަޒީރު އިސްތިއުފާ ދޭން ނިންމައިފި
މިހާރު މާލޭ ސަރަހައްދުގައި އިއުލާންކޮށްފައިވާ ވަނީ ހަރުކަށި ލޮކްޑައުންއެއް ކަމަށާއި އިތުރަށް ލޮކްޑައުން ހަރުކަށި ކުރާކަށް ސަރުކާން ނޫޅޭ ކަމަށް އެންއީއޯސީގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ކޭސްތަކެއް ފެނިދާނެ ކަމަށް ބެލެވޭތީ ސަރުކާރުން ލޮކްޑައުން އިތުރަށް ހަރުކަށި ކުރުމަށް ނިންމާފައިވާކަމަށް ބުނެ މިދިޔަ ދެ ދެ ދުވަސް ތެރޭ ޝޯޝަލް މީޑިއާގައި މެސެޖުތަކެއް ވަރަށް ބޮޑަށް ދައުރުވަމުންދިޔަ އެވެ. މިރޭ ދަރުބާރުގޭ، އެންއޯއީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުުގައި މަބްރޫކު ވަނީ އެކަން ދޮގު ކުރައްވާފައެވެ. މަބްރޫކު ވިދާޅުވީ، އެފަދަ އެއްވެސް މަޝްވަރާއެއް އަދި މިހާތަނަށް ސަރުކާރުން ކުރަމުން ނުދާ ކަމަށާއި ކުރިއަށް އެފަދަ ފިޔަވަޅެއް އަޅާނަމަ، ހާލަތު އިތުރަށް ވަޒަން ކޮށް އަޅަން ޖެހޭ ފިޔަަވަޅުތައް އަޅާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ. "މިއީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން. މިއަންނަ ސާޖަށް ތައްޔާރުވުމުގެ ގޮތުން ލޮކްޑައުން ހާލަތު ގެންނަ ޖެހޭ ވަރަށް މިއޮތީ ގެނެވިފައި. އަދި އިތުރަށް ފިޔަވަޅެއް ގެނައުމުގެ ކުރިން އަޅުގަނޑުމެން ދަތުރުކުރަމުންދާ މިސްރާބު އެސެސްކުރުމަށްފަހު ފިޔަވަޅެއް އަޅާނަމަ އަޅާނެ،" މާލޭގެ ލޮކްޑައުން ހަރުކަށި ކުރުމާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތައް ދޮގުކޮށް މަބްރޫކް ވިދާޅުވި އެވެ. މާލެއިން މިދިޔަ މަހު 15 ވަނަ ދުވަހު އެންމެ ފުރަތަމަ ކޭސްއެއް ފެނުމާއެކު އެންމެ ފުރަތަމަ ލޮކްޑައުން އިއުލާން ކުރީ 24 ގަޑި އިރަށެވެ. އެފަހުން ތިން ފަހަރެއްގެ މަތިން ލޮކްޑައުންގެ މުއްދަތު އިތުރުކުރިއެވެ. އެގޮތުން އެންމެ ފަހުން އިތުރުކުރި ލޮކްޑައުންގެ މުއްދަތު ނިމޭނީ މިމަހު 14 ވަނަ ދުވަހަށެވެ. މިހާތަނަށް ރާއްޖެއިން ފެނުނު ކޭސްތަކުގެ އަދަދަކީ، 785 އެވެ. އޭގެ ތެރެއިން 29 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އެެ މީހުންގެ ތެރެއިން 19 މީހަކު ވައިރަހުން ރަނގަޅުވި ކަމަށް އިއުލާން ކުރީ މިރެއެވެ. މިހާތަނަށް ވައިރަހުން މަރުވި މީހުންގެ އަދަދަކީ ތިނެކެވެ. މިހާރުގެ އަންދާޒާތަކުން ރާއްޖެއިން މުޅި ޖުމްލަ 77،305 މީހުންނަށް ބަލި ޖެހި، 13،568 މީހުން އެޑްމިޓްކޮށް، 5805 މީހުންނަށް އައިސީޔޫގައި ފަރުވާ ދޭން ޖެހޭނެ ކަމަށް ލަފާ ކުރެވެއެވެ. އަދި ކުރިން އަންދާޒާ ކުރި ވަރަށް ވުރެ، މަރުވާ މީހުންގެ އަދަދު 50 ޕަސަންޓް ދަށްވާނެ ކަމަށް ލަފާ ކުރެވެއެވެ.
މިހާރު މިއޮތީ ހަރުކަށި ލޮކްޑައުނެއް، އިތުރަށް ހަރުކަށި ކުރާކަށް ނޫޅޭ: މަބްރޫކު
ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމުގެ ސަބަބުން ސަސްޕެންޑް ވެފައިވާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ޝަރުއީ ނިޒާމުގެ ތެރެއިން ހައްލެއް ހޯދައިދިނުމަށްޓަކައި އެ މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި އެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހުބުގެ ގާނޫނުގައި ބުނާގޮތުން، ސީއެސްސީ މުވައްޒަފަކު ކައުންސިލަކަށް ކުރިމަތިލައިފިނަމަ، އެމީހަކު އެ އިންތިހާބަކަށް ކުރިމަތިލާ ތާރީހުން ފެށިގެން އެމީހަކު ހުރި ސިވިލް ސާވިސްގެ ވަޒީފާއިން މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް ސަސްޕެންޑްވާނެ އެވެ. ކޮވިޑް-19އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު އިލެކްޝަންސް ކޮމިޝަނުން ވަނީ ކުރިން މިމަހު ހަތަރު ވަނަ ދުވަހު ބޭއްވުމަށް ތާވަލުކުރި އިންތިހާބު މި މަހުގެ 18އަށް ފަސްކޮށްފަ އެވެ. ނަމަވެސް ގާނޫނެއް ފާސްކޮށްގެން އަންނަ އަހަރުގެ ޖެނުއަރީ މަހަށް އިިންތިހާބު ފަސް ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ދަނީ ކުރަމުންނެވެ. އެހެންކަމުން، މިފަހަރުގެ އިންތިހާބަށް ކުރިމަތިލި ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަން އެ މުއްދަތަށް އިތުރުވެ ގެއްލުންވާނެތީ އެ މީހުން ކަންބޮޑުވުން ފާޅުކުރެއެވެ. އެކަމާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަން އިން ރޭ ބުނެފައި ވަނީ ސިވިލް ސާވިސްގެ މުވައްޒަފުންގެ ސަސްޕެންޝަންގެ މައްސަލައަށް ހައްލެއް ހޯދުމަށް ތަފާތު މަސައްކަތްކުރަމުން ގެންދާ ކަމަށެވެ. އެ ކޮމިޝަނުން ބުނެފައިވަނީ މައްސަލައަށް އަވަސް ހައްލެއް ހޯދޭނެ ގޮތްތައް ދެނެގަތުމަށްޓަކައި ފޯނު ކޮންފަރެންސް މެދުވެރިކޮށް އިލެކްޝަން ކޮމިޝަނާ ވަނީ ބައްދަލުކޮށްފައި ކަމަށެވެ.
މުވައްޒަފުން ސަސްޕެންޑުވާ މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
ކޮވިޑް19 އަށް ފަރުވާދިނުމަށް ވެންޓިލޭޓަރަށް ލައިގެން ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ އެކަކު ވެންޓިލޭޓަރުން ނަގައިފިއެވެ. ޓްރީޓޮޕް ހޮސްޕިޓަލް ކޮވިޑް ހޮސްޕިޓަލަކަށް ބަދަލުކޮށް އޮޕަރޭޝަން ހިންގަމުންދާއިރު އެ ހޮސްޕިޓަލުގައި ވެންޓިލޭޓަރަށް ލައިގެން ފަރުވާދެމުންގޮސް، ހާލު ރަނގަޅުވުމުން ވެންޓިލޭޓަރުން ނަގާފައިވަނީ ބިދޭސީއެކެވެ. އެނގިފައިވާގޮތުގައި އޭނާއަކީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވަނިކޮށް ފިލި ހަތް މީހުންގެ ތެރެއިން މިހާތަނަށް ފެނުނު ފަސްމީހުންގެ ތެރެއިން އެކަކެވެ. އޭނާ ވެންޓިލޭޓަރަށްލައިގެން ފަރުވާދޭން ފަށާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ. މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގައި މިހާރު ފަރުވާދެމުންދަނީ ދެމީހަކަށް ކަމަށާއި އެކަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށެވެ. އަނެކަކުގެ ހާލު ރަނގަޅުކަމަށް ޑރ. ވިދާޅުވިއެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވު މީހުންގެ އަދަަދު 1106 އަށް އަރާފައިވާއިރު 74 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ.
ޓްރީޓޮޕް ވެންޓިލޭޓަރުގައި އޮތް އެކަކު ނަގައިފި
އިންޑިއާގެ އެންމެ ބޮޑު ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ އެއްވެސް ފިލްމެއް އަވަސްއަރުވާލައިގެން އޮންލައިންކޮށް ރިލީޒްނުކުރާނެކަމަށް ވައިއާރްއެފްގެ ޓީމުން ބުނެފިއެވެ. އެ ޓީމުން ބުނީ ބޮޑު ސްކްރީނުގައި އެޅުވުމަށް ބުރަ މަސައްކަތުން ތައްޔާރުކުރާ ފިލްމެއް ޑިޖިޓަލްކޮށް ރިލީޒްކުރުމަކީ ފިލްމަށް ދެވޭ ނާއިންސާފެެއް ކަމަށެވެ. ކޮވިޑް-19 އާ ގުޅިގެން އިންޑިއާގެ ސިނަމާތަށް މުއްދަތެއް ނެތް ގޮތަކަށް ބަންދުކޮށްފައިވާތީ ބޮލީވުޑްގެ ފިލްމުތަކެއް އޮންލައިންކޮށް ރިލީޒްކުރުމަށް ވަނީ ނިންމާފައެވެ. ވައިއާރްއެފްގެ "ސަންދީޕް އޯރު ޕިންކީ ފެރާރް" ވެސް ޑިޖިޓަލްކޮށް ރިލީޒްކުރާނެކަމަށް މީގެ ކުރިން އަޑުފެތުރިގެން ދިޔަ ނަމަވެސް އެކަން ޔަޝްރާޖް ފިލްމްސްގެ ވައިސް ޕްރެޒިޑެންޓެއް ކަމަށްވާ ރޯހަން މަލްހަތްރާ ވަނީ ދޮގުކޮށްފައެވެ. ވައިއާރްއެފުން މީގެ ކުރިންވެސް ގެންގުޅޭނެ އުސޫލަކީ ފިލްމު ފުރަތަމަ ސިނަމާތަކުގައި ދެއްކުމަށްފަހު އެ ފިލްމުތައް ފަހުން ސްޓްރީމިންއަށް ދޫކޮށްލުމެވެ. ވައިއާރްއެފް އިން މިއަހަރު ރިލީޒްކުރަން ތާވަލްކޮށްފައިވާ ފަސް ފިލްމެއް އެބައޮތެވެ. އެއީ ރާނީ މުކަރްޖީ އާއި ސައިފް އަލީ ޚާންގެ "ބަންޓީ އޯރް ބަބްލީ 2"، އަރުޖުން ކަޕޫރާއި ޕަރްނިތީ ޗޯޕްރާގެ "ސަންދީޕް އޯރު ޕިންކީ ފެރާރް"، އަކްޝޭ ކުމާރުގެ "ޕްރިތުވީރާޖް" ، ރަންވީރު ސިންހް ލީޑު ރޯލުން ފެނިގެންދާ ފިލްމު "ޖަޔޭޝްބާއީ ޖޯރްދާރް"ގެ އިތުރުން ރަންބީރު ކަޕޫރުގެ "ޝަމްޝޭރާ"އެވެ. ކާމިޔާބު ގިނަ ފިލްމުތަކެއް ގެނެސްދީފައިވާ ފިލްމު ކުންފުނި ޔަޝްރާޖް ފިލްމްސް އަށް މިއަހަރު 50 އަހަރު ފުރޭނެއެވެ.
ވައިއާރްއެފްގެ ފިލްމުތައް އޮންލައިންކޮށް ރިލީޒެއްނުކުރާނެ
ރާއްޖޭގައި ކޮވިޑް-19 ވައިރަސް ފެތުރި ގިނަ އަދަދެއްގެ މީހުންނަށް އެއްފަަހަރާ ފަރުވާދޭން ޖެހިއްޖެ ހާލަތަކަށް ތައްޔާރުވުމަށް ހުޅުމާލޭގައި ގާއިމް ކުރަމުންދާ ފެސިލީގައި މިހާރު ބާކީ ނުނިމި ހުރީ ފިނިޝިން މަސައްކަތް ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ. ހުޅުމާލޭގައި ގާއިމް ކުރަމުންދާ ފެސިލިޓީއަކީ ސަރުކާރުން 40 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދަމުންދާ 300 އެނދުގެ ފެސިލިޓީއެކެވެ. އެތަން ހުންނަނީ ޓްރީޓޮޕް ހޮސްޕިޓަލު ކައިރީގަ އެވެ. އެ ތަނުގެ މަސައްކަތް ނިންމާލެވޭނީ އޭޕްރިލް 21ގައި ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފަ އެވެ. މިރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ، މިހާރު ކުރިއަށްދަނީ އެ ފެސިލިޓީގެ ފިނިޝިން މަސައްކަތާއި އިކުއިޕްމެންޓު ވެއްދުމުގެ މަސައްކަތް ކަމަށެވެ. މީގެ ކުރިން މި މަހުގެ 21އަށް އެތަނުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ބުނި ނަމަވެސް، އެތަނުގެ މަސައްކަތް ނިމޭނީ މި މަހުގެ ނިޔަލަށް ކަމަށް މަބްރޫކު ވިދާޅުވި އެވެ. "މިހާރު ބޮޑު ބައެއް މަސައްކަތް ނިމި ފިނިޝިން މަސައްކަތްތަކާއި އެތަނަށް ބޭނުންވާ އިކުއިޕްމެންޓު ވެއްދުމުގެ މަސައްކަތް އަދި ބާކީ އެބަ ހުރި ކޮށްލަން. މިކަންކަން ނިންމާލެވޭނެ ކަމަށް މަސައްކަތް ކުރައްވާ ބޭފުޅުން ވިދާޅުވަނީ މި މަހުގެ ނިޔަލަށް،" މަބުރޫކް ވިދާޅުވި އެވެ. އެ ފެސިލިޓީ ގާއިމް ކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅެނީ ސިފައިންނެވެ. އޭގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންވެސް އެ މަސައްކަތުގައި ބައިވެރިވެ އެވެ. އެ ފެސިލިޓީއަށް ހަރަދު ކުރާ 40 މިލިއަން ރުފިޔާގެ ތެރެއިން 12 މިލިއަން ރުފިޔާ އަކީ ކޮންސްޓްރަކްޝަނަށް ކުރާ ހަރަދެވެ. އަދި ބާކީ 28 މިލިއަން ރުފިޔާ އަކީ އެތަނަށް ބޭނުންވާ މެޑިކަލް އިކުއިޕްމެންޓަށް ހަރަދު ކުރާ ފައިސާ އެވެ. މީގެ ކުރިން މަބްރޫކު ވިދާޅުވި ގޮތުގައި، އެ ފެސިލިޓީ ކައިރީގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުން ވަނީ ގިނަ ބަޔަކަށް ބަލި ޖެހިއްޖެ ހާލަތުގައި އެ ހޮސްޕިޓާ ކޮވިޑް-19އަށް ފަރުވާދޭ މަރުކަޒަކަށް ހަދަން އެއްބަސްވެފަ އެވެ. މިހާރު ރާއްޖެއިން ކޮވިޑް-19 ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 84 އަށް އަރައިފަ އެވެ. މިއަދު އެކަނި މިހާތަނަށް މާލެއިން 17 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވެ އެވެ. މާލެއިން އެންމެ ފުރަތަމަ ކޮވިޑް-19އަށް މީހަކު ޕޮޒިޓިވް ވެފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެއާއެކު މާލެ ސަރަހައްދު ލޮކްޑައުންކޮށް 24 ގަޑިއިރުގެ ކާފިއު ހިންގަން ވަނީ ފަށައިފަ އެވެ. އޭގެ އިތުރުން މިހާރު މުޅި ރާއްޖޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ. އަދި ޖަމާއަތުގައި ނަމާދު ކުރުން ވަނީ މަނާކޮށްފަ އެވެ.
ހުޅުމާލޭގައި ގާއިމް ކުރާ ފެސިލިޓީގެ މަސައްކަތް ނިމޭނީ މި މަހުގެ ނިޔަލަށް
ސާކު ސަރަހައްދުގައި ރާއްޖެއާއި ގާތް ކުރާ އަދަދަށް ކޮރޯނާ ވައިރަސްއަށް ޓެސްޓް ހެދުނު ގައުމެއް ނެތްކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން (އެންއޯއީސީ) ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ. ރާއްޖެއިން މިހާތަަނަށް ކޮރޯނާއަށް 11،000 އަށް ވުރެ ގިނަ ޓެސްޓްވަނީ ހަދައިފައެެވެ. އޭގެ ތެރެއިން 744 މީހުން ޕޮޒިޓިވް ވިއެވެ. އަދި ތިން މީހަކު ބަލީގައި މަރުވިއިރު 29 މީހުން ވަނީ ރަނގަޅުވެފައެވެ. ކޮވިޑާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއޯއީސީގެ ތަރުޖަމާނު ވިދާޅުވީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ރަނގަޅަށް ޓެސްޓްކުރި ފަސް ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ. "ދުނިޔޭގެ ނިސްބަތުންވެސް ޓޮޕް 25 ޕަސެންޓް ތެރޭ ހިމެނޭ އެއްވެސް ހިސާބެއްގެ ތެރޭގައި ބަލައިފިއްޔާމު ޓެސްޓްކުރެވޭ ނިސްބަތުން ރާއްޖެ ހިމެނޭނެ. މިހާރު މިވެނި ގައުމެއްގައި ކުރީ 10 ޓެސްޓޭ އަނެއް ގައުމުގައި ކުރީ ތިން ޓެސްޓޭ. 10 ޓެސްޓްކުރި ގައުމު ކިހާ ގަދަހޭ. އެހެން ބުނާއިރު ބަލާލަން ޖެހޭ 10 ޓެސްޓް ހެދި ގައުމުގަ ތިބީ ކިހާ މީހުނެއްތޯ. ކިތައް ހާސް މީހުންތޯ ތިން ޓެސްޓް ހެދިގައުމުގައި ތިބީ." މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ އެކި މެޝިންތަކާއި ޓެސްޓުކިޓުތައް ހޯދުމުގައި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އަދި އޭޝިއާ އާއި ސާކްގެ ގައުމުތަކުގެ ތެރެއިންވެސް ޓެސްޓްތައް އެންމެ ގިނައިން ކުރިގައުމަކަށް ރާއްޖެވުމުން އެހެން ގައުމުތަކާއި ޖަމިއްޔާތަކުންވެސް އިސްކަންދެނީ އެންމެ މަދުން ޓެސްޓްކިޓްތައް ހުރި ގައުމުތަކަށް އެ ތަކެތި ފޯރުކޮށްދިނުމަށް ކަން މަބްރޫކް ފާހަގަކުރެއްވިއެވެ. "މިކަހަލަ ގޮންޖެހުންތަކެއް އެބަހުރި. އެހެން ނަމަވެސް އަޅުގަނޑުމެން މި މަސައްކަތްކުރަނީ ރެޔާއި ދުވާލު ވީ އެންމެ ގިނައެއްކޮށް ޓެސްޓްކުރެވޭނެ ގޮތް ހޯދަން. ވީ އެންމެ ގިނަ ސްޓާފުން އެކަމުގައި ތިބެން. ވީ އެންމެ ގިނަ މެޝިނަރީއެއް ހޯދޭތޯ. " މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ ކާރިސާގެ ހާލަތުގައި ގަދަފައެެއް އޮންނަ ގައުމެއް ނޯންނަ ކަމަށާއި އެހެންކަމުން މިހާލަތުގައި އުޅެން އަޅުގަނޑުމެން ދަސްކުރަން ޖެހޭކަމަށެވެ. އަދި މިބައްޔަށް ވެކްސިނެއް ލިބެންދެން އެންމެ ބޮޑަށްވެސް ކުރެވޭނީ ގައިދުރުވެގެން ތިބުންކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖެއަށް ޑަބްލިއުއެޗްއޯއިން 11،000 ކިޓް، ޗައިނާއިން 10.000 ކިޓް އަދި ވެލާ ރިސޯޓުން 10،000 ކިޓް ލިބިފައިވެއެވެ. އޭގެ އިތުރުން ސަރުކާރުގެ ހަރަދުގައިވެސް ޓެސްޓްކިޓްތައް ގެނެސްފައިވެއެެވެ.
ސާކު ސަރަހައްދުގައި ރާއްޖެއާ ގާތް ކުރާ އަދަދަށް ޓެސްޓް ހެދުނު ގައުމެއް ނެތް: މަބްރޫކް
ކޮވިޑް 19 އަށް މިއަދު ރާއްޖެއިން ޕޮސިޓިވްވީ މީހުންގެ އަދަދު 39 އަކަށް އަރައިފި އެވެ. ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ އިބްރާހިމް އަފްޒަލް ވިދާޅުވީ މިއަދު ޕޮސިޓިވްވީ ޖުމްލަ މީހުންގެ އަދަދަކީ 39 އެއް ކަމަށެވެ. އެއީ މިއަދު މެންދުރާ ހަމައަށް ނަތީޖާ ލިބުނު 22 ކޭސްއަކާއި އޭގެ ފަހުން ޕޮސިޓިވްވީ 17 ކޭސްއެކެވެ. އެއާއެކު ރާއްޖޭން ޕޮސިޓިވްވީ މީހުންގެ އަދަދު ވަނީ 785 އަށް އަރާފަ އެވެ. ކޮވިޑަށް ޕޮސިޓިވްވީ މީހުންގެ ތެރެއިން މިހާތަނަށް 29 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި ތިން މީހަކު ވަނީ މަރުވެފަ އެވެ.
މިއަދު ޕޮސިޓިވްވީ މީހުންގެ އަދަދު 39 އަކަށް
ކޮވިޑް-19 އާ ގުޅިގެން މާލެ ސިޓީ ލޮކްޑައުންއަށް ގެނައުމާއެކު ވެސް ގަވާއިދާ ހިލާފަށް ބޭރުގައި އުޅުނު 38 މީހެއް މިއަދު އެކަނިވެސް ޖޫރިމަނާކޮށްފައިވާއިރު، އިތުރަށް ބޭރަށް ނިކުމެ އުޅުނު ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. ކޮވިޑް-19 އާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ އިސްމާއިލް ނަވީން ވިދާޅުވީ އިތުރު ތަހުގީގަށް ހައްޔަރުކޮށްފައިވަނީ މީގެކުރީން ޖޫރިމަނާކުރުމަށްފަހުގައިވެސް ބޭރަށް ނިކުމެގެން އުޅުނު މީހުން ކަމަށެވެ. ނަވީން ވިދާޅުވީ މާލޭގައި ލޮކްޑައުން އިއުލާންކުރުމަށްފަހު މިހާތަނަށް ޖުމްލަ 209 ފަރާތެއް ޖޫރިމަނާކޮށްފައިވާ ކަމަށެވެ. ލޮކްޑައުންގެ ވަގުތުގައި މާލޭގެ މަގުތަކުގައި ތިބި 71 މީހަކު ފެނިފައިވާ ކަމަށާއި ބިދޭސީން ބެހެއްޓުމަށް ހަދާފައިވާ ވަގުތީ ފެސިލިޓީއަށް އެމީހުން ގެންގޮސްފައިވާ ކަމަށް ނަވީން ވިދާޅުވިއެވެ. ނަވީން އިތުރަށް ވިދާޅުވީ، އިތުރަށް ދިރުއުޅޭނެ ތަނެއް ނެތިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 44 މީހުން ހިމެނޭ ކަމަށެވެ. އޭގެތެރޭގައި އެއް އަންހެނެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. "އެ ފަރާތްތަކަށްވެސް އަޅުގަނޑުމެން މިދަނީ ކާބޯތަކެއްޗާއި އެހީތެރިކަމާއި އެއްބާރުލުން ދީގެން އެކަންތައްތައް ފޯރުކޮށްދެމުން،" ނަވީން ވިދާޅުވި އެވެ.
38 މީހެއް ޖޫރިމަނާކޮށް، ހަތަރު މީހަކު ހައްޔަރުކޮށްފި
ކޮވިޑް 19 އަށް ޕޮސިޓިވްވީ މީހުންގެ ތެރެއިން އިތުރު ނުވަތަ މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއޯއީސީ) ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ. އެންއޯއީސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ކޮވިޑަށް ޕޮސިޓިވްވީ މީހުންގެ ތެރެއިން މިހާރު ޖުމްލަ 29 މީހަކު ރަނގަޅުވެފައިވާ ކަމަށެވެ. ނިމިދިޔަ ހަފްތާގައި އާންމު ކުރި ނަމްބަރުތަކަށް ބަލާއިރު ބަލިން ރަނގަޅުވެފައި ވަނީ 20 މީހެކެވެ. "މި ބައްޔަށް ފަރުވާ ކުރެވި ނަތީޖާ ލިބިފައިވާ މީހުންގެ އަދަދުވެސް މިވަނީ 29 އަށް އަރާފައި. އަދި މިވަގުތު ބައްޔަށް ބޭސްކުވެމުންދާ މީހުންގެ އަދަދަކީ 650." މަބްރޫކް ވިދާޅުވި އެވެ. މިހާރު ރާއްޖެއިން ކޮވިޑަށް ޕޮސިޓިވްވީ މީހުންގެ ޖުމްލަ އަަދަދަކީ 783 އެކެވެ.
އިތުރު ނުވަ މީހަކު ބަލިން ރަނގަޅުވެއްޖެ: މަބްރޫކް
ކޮވިޑް-19 ވައިރަހުގެ ސަބަބުން ދިމާވެފައިވާ ދަތި ހާލަތުން އަރައިގަތުމަށް އެހީތެރިވާން ބަންގްލަދޭޝްއިން ރާއްޖެއަށް ފޯރުކޮށްދިން އެހީގެ ތަކެތި މާދަމާ މާލެއަށް ބާލަން ފަށާނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ. ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވަނީ ބަންގްލަދޭޝްއިން ރާއްޖެއަށް ފޯރުކޮށްދިން ތަކެތީގެ ތަފްސީލުކޮޅެއް ދެއްވައިފައެވެ. އަދި އެ ތަކެތި ބާލަން މާދަމާ ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "ބަންގްލަދޭޝްއިން އައި ބޯޓު މާދަމާ މާލެއަށް ތަކެތި ބާލާނެ. މީގައި 20،000 ސެޓު ޕީޕީއީ ހުންނާނެ. އަދި އައި ޕްރޮޓެކްޝަން ގޮގްލްސް 960 ހުންނާނެ. އަދި ހޭންޑް ސެނިޓައިޒާގެ 5،000 ޕީސް މީގެ ތެރޭގައި ހުންނާނެ،" މަބްރޫކު އިތުރަށް ވިދާޅުވީ، ބަންގްލަދޭޝްއިން ފޮނުވި އެހީގެ ތެރޭގައި ކާބޯތަކެއްޗާއި ބޭސްވެސް ހިމެނެއެވެ. މީގެ ކުރިން ފޮރިން މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި ބަންގްލަދޭޝްއިން އެހީ ފޮނުވީ އެ ގައުމުގެ ނޭވީގެ މަނަވަރެއްގައެވެެ. އެ ގައުމުން ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި ތަކެތީގެ ބަރުދަނުގައި 100 ޓަނު ހުންނާނެ ކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ. ބަންގްލަދޭޝް އަދި ނޭޕާލްގައި ތާށިވެފައި ތިބި 71 ދިވެއްސަކު މި ފަހުން މާލެ ގެނެސްފައި ވަނީ ވަނީ ބަންގްލަދޭޝްގެ އެހީގައެވެ. އެ މީހުން ގެނެސްފައި ވަނީ އެ ގައުމުގެ އެއާފޯސްގެ މަތިންދާބޯޓެއްގައެވެ. އެ މަތިންދާބޯޓުގައި ރާއްޖެއަށް މި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދޭން 10 ޑޮކްޓަރުންގެ ޓީމެއްވެސް އެގައުމުން ފޮނުވިއެވެ. މިހާރު ރާއްޖެއިން ކޮވިޑް-19 ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ 84 އަށް ވަނީ އަރައިފައެވެ. މިއަދު އެކަނި މިހާތަނަށް މާލެއިން 17 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވެއެވެ. މާލެއިން އެންމެ ފުރަތަމަ ކޮވިޑް-19އަށް މީހަކު ޕޮޒިޓިވް ވެފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އެއާއެކު މާލެ ސަރަހައްދު ލޮކްޑައުންކޮށް 24 ގަޑިއިރުގެ ކާފިއު ހިންގަން ވަނީ ފަށައިފައެވެ. އޭގެ އިތުރުން މިހާރު މުޅި ރާއްޖޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ. އަދި ޖަމާއަތުގައި ނަމާދު ކުރުން ވަނީ މަނާކޮށްފައެވެ.
ބަންގްލަދޭޝުން ފޮނުވި އެހީ މާދަމާ މާލެއަށް ބާލާނެ: މަބްރޫކު
ކޮވިޑް19 އަށް ފަރުވާދިނުމަށް ބޭނުންވާ މެޑިކަލް ސާމާނު ދުބާއީ އިން ގެނެސްފިއެވެ. މިތަކެތި ރާއްޖެ ގެނެސްފައިވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. މޯލްޑިވިއަން އިން ބުނީ މިރޭގެ ފްލައިޓުގައު 5000 ކިލޯގެ ސާމާނު ގެނެސްފައިވާ ކަމަށާއި މީގެ ތެރޭގައި މައިގަނޑުގޮތެއްގައި ހިމެނެނީ ކޮވިޑަށް ފަރުވާ ދޭނެ މެޑިކަލް ސަޕްލައިސް ކަމަށެވެ. ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ، ކާގޯގެ ގޮތުގައި ގެނައުމަށް މޯލްޑިވިއަން އިން ދަނީ ކާގޯ ފްލައިޓުތައް ބާއްވަމުންނެވެ. މޯލްޑިވިއަން އިން ބުނީ މިރޭ ރާއްޖެ ގެނައި މެޑިކަލް ސަޕްލައިގެ ތެރޭގައި ހިމެނެނީ މިހާރު ފެތުރެމުންދާ ކޮވިޑް19 އަށް ފަރުވާ ދިނުމަށް ބޭނުންވާނެ ސާމާނު ކަމަށެވެ. މޯލްޑިވިއަން އިން ދަނީ ސްރީލަންކާ، ތައިލެންޑް، އިންޑިއާ އަދި ބެންކޮކް އަށް ކާގޯ ފްލައިޓުތައް ބާއްވަމުންނެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން ރާއްޖެ ގެނައުމަށް ސަރުކާރާ ގުޅިގެން މޯލްޑިވިއަން އިން ވަނީ ފްލައިޓުތަކެއް ބާއްވައިފައެވެ. ނަމަވެސް މާލެ ލޮކްޑައުންކުރުމާއެކު މި ދަތުރުތައް މިހާރު ވަނީ މެދުކަނޑާލައިފައެވެ. ކޮރޯނާގެ އަށް ކޭހެއް މާލެއިން ފެނި ކޮމިޔުނިޓީ ސްޕްރެޑެއް އޮތްކަން ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. މިއާއެކު މާލެ ސަރަހައްދުގައި 14 ދުވަހުގެ ލޮކްޑައުން އިއުލާނުކޮށްފައިވާއިރު އެއްރަށުން އަނެއްރަށަށް ދަތުރުކުރުންވެސް ވަނީ މަނާކޮށްފައެވެ.
ކޮވިޑަށް ފަރުވާދޭ މެޑިކަލް ސާމާނު ދުބާއީ އިން ގެނެސްފި
ބޮލީވުޑްގެ ސުޕަސްޓާ ސަލްމާން ޚާން އާއި ބަތަލާ ޖެކަލީން ފެނާންޑޭޒްގެ އާ ވީޑިއޯ ލަވައެއް ދައްކާލައިފިއެވެ. ޔޫޓިއުބުން މިހާރު އެ ލަވަ ބަލާލެވޭއިރު އެ ލަވައަށް އަންނަނީ ބިޑު ތަރުހީބެއް ލިބެމުންނެވެ. ޖެކަލީން އާއި ސަލްމާން ގެ މި ލަވައާ ގުޅޭގޮތުން ސަލްމާން ބުނީ މި ލަވަ އަކީ އަބަދުވެސް ސިކުނޑިތެރޭ އެނބުރޭ ލަވައެއް ކަމަށެވެ. "ހިތަށް އެރީ މި ދަނޑިވަޅުގައި މި ލަވަ އާންމުންނަށް ދޫކޮށްލާނީއޭ. މި ލަވައަކީ ފިލްމަކަށް ފިޓްވާ ލަވައަކަށް ނުވާތީ އާއެކު،" ޖެކަލީން ބުނީ އަބަދުވެސް ފިލްމުތަކާއި ލަވަތައް ޝޫޓްކޮށް އުޅެނީ ބޮޑު ޕްރޮޑަކްޝަން ޓީމަކާއެކު ނަމަވެސް މި ފިލްމުގެ މަސައްކަތް އެއްކޮށް މި ނިންމާލީ ތިން މީހުން އެކުލެވޭ ޓީމަކާއެކު ކަމަށެވެ. އަދި މި ލަވައަކީ އޭނާއަށް ވަރަށް ހާއްސަ ލަވައެއްކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. "ފުރަތަމަ ފަހަރަށް ލައިޓިން އާއި ޕްރޮޕްސް އަދި މޭކަޕް އާޓިސްޓެއްގެ އިންޗާޖަކަށްވެ ހުރި ޝޫޓިން ނިންމާލި ލަވައެއް މިއީ. އެހެންވެ މި ލަވަ އަބަދުވެސް ހާއްސަވާނެ،" ސަލްމާން އާއި ޖެކަލީން ވަނީ މީގެ ކުރިންވެސް އެކުގައި މަސައްކަތްކޮށްފައެވެ. އޭގެ ތެރޭގައި "ރޭސް 3"، "ކިކް" އަދި "ޖުޅްވާ 2" ހިމެނެއެވެ.
ސަލްމާން އާއި ޖެކަލީން ގެ ވީޑިއޯ ލަވައެއް
ޒައިދުގެ ހަށިގަނޑުގައި ހިފާ ކޮށްޕާލަން ސާރާ މަސައްކަތް ކުރިއެވެ. ކުއްލިއަކަށް ސިހުން ގެނުވީ އައި ނައި ތަނެއް ނޭނގި ކޮންމެ ވެސް މީހަކު އެ އައި ގޮތަށް އައިސް، ފަހަތުން ޒައިދުގެ ޓީޝާޓުގައި ހިފާ ދުރަށް ކޮށްޕާލުމާއި އެކުގައެވެ. ޒައިދު އެނބުރި ބަލައިލިއިރު ލިއަމް ފެނިގެން އޭނާގެ ނިތަށް ރޫތައް ގިނަވިއެވެ. ދެބުމަ ކައިރި ކޮށްލެވުނެވެ. ލިއަމް މިތަނުގައި ކީއްކުރަނީ ހެއްޔެވެ؟ ލިއަމް ފެނި އޭނާގެ ހިތުގައި އަނދައިގަތީ ނަފުރަތުގެ އަލިފާނެވެ. އޭނަ ފެނުމުން ލިއަމްއަށް ވެސް ހިސާބެއްގެ ސިހުމެއް ލިބިގެން ދިޔަކަން އޭނައަށް އެނގުނެވެ. ލިއަމްއާ ނަޒަރު ވަކިކޮށްލަމުން ޒައިދު ސާރާއަށް ބަލައިލިއެވެ. ސާރާގެ ދެލޮލަށް ވަނީ ކަރުނަތައް ޖަމާވެފައެވެ. ބިރުން ހުރި ވަރުން ކަންނޭނގެއެވެ. ސާރާގެ ތުންފަތުގައި ވެސް ތުރު ތުރު އެޅުމެއްގެ އަސަރު ހުއްޓެވެ. "އޯކޭތަ؟" ހިނދުކޮޅަކަށް ޒައިދުއާ ނަޒަރު ވަކިކޮށްލަމުން ސާރާއަށް ބަލައިލާ ލިއަމް އަހައިލިއެވެ. ސާރާ ބޯ ޖަހާލަމުން ޒައިދަށް ބަލައިލިއެވެ. އޭރު އެ މޫނު މަތިން ފެންނަމުން ދިޔަ ކުލަވަރު ދެނެގަންނަން ސާރާ ނުކުޅެދުނެވެ. ދެން ސިހުން ގެނުވީ އޭނާ ބަލަން ހުއްޓައި އެ އައި ބާރު މިނުގައި އައިސް، ޒައިދު އެ ޒުވާނާގެ މޫނުމައްޗަށް ގޮށްމުށުގެ ހަމަލާއެއް އަމާޒު ކޮށްލުމާ އެކުގައެވެ. ލިބުނު ސިހުމުގައި ސާރާއަށް ދެލޯ ވެސް މަރާލެވުނެވެ. އޭނާ މަޑުމަޑުން ދެލޯ ހުޅުވައިލިއިރު ޒައިދު ހުރީ އެ ޒުވާނާގެ ގިރުވާނުގައި ހިފައްޓައިގެންނެވެ. އެ މޫނުމަތިން ފެންނަނީ ރުޅިވެރިކަމެވެ. ހަދަންވީ ގޮތެއް ނޭނގިފައި އޭނަ ހުރިއިރު ޒައިދު އަނެއްކާ ވެސް އެ ޒުވާނާގެ މޫނުމައްޗަށް ހަމަލާއެއް އަމާޒުކޮށްލިއެވެ. އިސާހިތަކު ލިއަމްގެ ތުންފަތް މަތި ފެޅި ލޭތައް އޮހިގެންފިއެވެ. ޒައިދު ނުރައްކާތެރި ގޮތަކަށް ބަލާލައިފައި ދުރަށް ޖެހިލިއެވެ. ލިއަމް ދެން ބަލައިލީ ސާރާއަށެވެ. އިރުކޮޅަކަށް ސާރާއާއި ލިއަމްގެ ހަތަރު ކަޅި ބައްދަލުވިއެވެ. ސާރާގެ ކަޅުކަން ގަދަ ކަޅިއާއި ލިއަމްގެ މަޑު މުށި ކުލައިގެ ކަޅި އަމާޒުވެގެން ދިޔަ ވަގުތު, ސާރާގެ ލޮލުގައި ބޮނޑިވެފައި ހުރި ކަރުނަތައް ލިއަމްގެ ލޮލުގައި އަޅައިގަތެވެ. އެ ހިނދު ޒައިދުއާ މެދު އޭނާގެ ހިތުގައި ރުޅިވެރިކަން އުތުރި އަރަން ފެށިއެވެ. އެހެން ނަމަވެސް ލިއަމްއަށް ހަރަކާތެއް ކޮށްލާކަށް ވެސް ނޭނގުނެވެ. އޭނާއަށް ގިނައިން ބެލެނީ ސާރާއަށެވެ. ސާރާގެ ކުރިމަތީގައި ތަޅާފޮޅުމެއް ފަށަން އޭނަ ބޭނުންނުވީ ކީއްވެކަމެއް ހުދު އޭނާއަށް ވެސް ނޭނގުނެވެ. ބައެއް ފަހަރު ބާތަކުގައި ހިނގާ ހަމަނުޖެހުމުގައި ވެސް ލިއަމްއަކީ މަޑުން ހުންނަ މީހެއް ނޫނެވެ. އެހެން ނަމަވެސް މިއަދު އެ ކުއްޖާ އޭނާގެ ކުރިމަތީގައި ހުރުމުގެ ސަބަބުން ނޭނގޭ ބާރަކުން ހީވަނީ ލިއަމްގެ އަތުގައި ހިފައްޓާފައި ހުރިހެންނެވެ. ސާރާ ދުވެފައި ގޮސް ގެއަށް ވަން އިރު ގޭ ތެރޭގައި ފާރޫޤާ ސަލްމާގެ އިތުރުން ފަޒީލާއާއި ވާސިމު ވެސް ތިއްބެވެ. ސާރާ ހަމަޖެހެން މަސައްކަތް ކުރިއެވެ. އެ އެންމެންގެ ކުރިމަތީގައި އޭނާ އިޙްސާސްތައް ހިންދައިލަން މަސައްކަތް ކުރިއެވެ. "އަނހާ! ސާރާ... އަދި ކިރިޔާ ދޯ އާދެވޭ ވަރުވީ، މިހާރު ފަޒީލައްތަ މެން ތިބޭތާ ވެސް ގަޑިއިރަކަށް ވުރެ ގިނައިރުވެއްޖެ! ޒައިދުއާ ދިމާވި ދޯ... ދެންމެ ހަމަ އެ ނުކުތީ ފޯނެއްގަ ހުރެ" ފަޒީލާ ބުނެލިއެވެ. ފަޒީލާގެ އެ ސުވާލާ އެކު ސާރާގެ މޫނުމަތި ބަނަވިއެވެ. ކިތަންމެ ފޮރުވަން އުޅުނު ނަމަވެސް ސާރާއަށް އޭނާގެ މޫނުމަތީގެ ކުލަވަރު ފޮރުވައެއް ނުލެވުނެވެ. އޭނާ އިސްޖަހައިލީ އެ މަންޒަރު އެންމެނަށް ފޮރުވުމަށެވެ. އެހެން ނަމަވެސް ސަލްމާއަށް އެކަންތައް ފާހަގަކުރެވުނެވެ. "ދަރިފުޅާ! ކިހިނެއްވީ؟ ހާދަ ހާސްވެފަ ހުރި ހެން ހީވެޔޭ" ސަލްމާ އަހައިލިއެވެ. "ވަރަށް ބުރަކޮށް އުޅެފަ މިއައީ...ވަރަށް ވަރުބަލި ވެފަ މިހުރީ، އެހެންވީމަ ކަންނޭނގެ! " ސާރާ ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލިއެވެ. ސަލްމާ ވެސް އިތުރު ސުވާލެއް ނުކުރެއެވެ. "ފަޒީލައްތަ ފައިގެ ޕްލާސްޓަރު ނައްޓައިގެން ދަމުން މި ހިސާބަށް ކައިރިކޮށްލީ" ސަލްމާ ހިނިތުންވެލިއެވެ. ސާރާ ބޯ ޖަހާލަމުން މައްޗަށް އަރަން ހިނގައިގަތީ އިތުރަށް ހުންނަން ވެއްޖެނަމަ މަންމައަށް ކަމެއް ފާހަގަ ވެދާނެތީއެވެ. ލިއަމްއަށް ހުރެވުނީ ސާރާ ދިޔަ ދިމާލަށް ބަލަހައްޓައިގެންނެވެ. އޭރު މަގުމަތިން އޭނައާއި ޒައިދު ނޫނީ ދިރޭ ފުރާނައެއްގެ ހިލަމެއް ވެސް ނުވެއެވެ. ޒައިދު ލިއަމްއާ ކައިރިއަށް ޖެހިލިއެވެ. އެއްމިޔަކަށް ހިނިތުންވެލަމުން އޭނާ ވާހަކަ ދެއްކިއެވެ. "ސާރާ އެއީ މަގޭ މީހެއް، ކަލޭ އޭނާއާއި ވައި ވެސް އެޅިގެން ނުވާނެ" ޒައިދު އިންޒާރުގެ ބެލުމަކުން ލިއަމަށް ބަލާލިއެވެ. އެއަށްފަހު ގޮސް ވަނީ ސާރާމެން ގެއަށެވެ. "ސާރާ" ލިއަމްގެ ތުންފަތް ފޫދުއްވާލާފައި އެ ލަފުޒު ނުކުތެވެ. އޭނާ ސާރާމެން ގޭ ގޭޓަށް ބަލަން ހުރުމަށްފަހު ގެއަށް ވަނީ ތުންފަތުގައި އަތް ހާކަމުންނެވެ. އޭރުވެސް އޭނާގެ އަނގައިގައި ލޭ ރަހަ ލަމުންދިޔައެވެ. ގޭތެރެއަށް ވަދެ އެންމެ ފުރަތަމަވެސް ކައިރިވީ ޒިންކާއެވެ. ޒިންކުގެ އިސްކުރު ދޫކޮށްލާފައި ތުންފަތް ފެނުން ދޮވެލުމަށްފަހު ކޯ ދޮވުނެވެ. ތަދުވާތީ އޭނައަށް އަނގަޔަށް ގޮތެއް ހަދާލެވުނެވެ. މައްޗަށް އަރާ ކޮޓަރިއަށް ވަނެވެ. އެއަށްފަހު އޭނާ އެނދުމައްޗަށް ވެއްޓިގަތެވެ. "ސާރާ" ދުލަށް ފަސޭހަ ނަމެކެވެ. އެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވި ނަމަވެސް ދެވަނަ ސިކުންތުގައި ޒައިދުގެ ވާހަކަ އެ ކަންފަތުގައި ގުގުމާލުމާއެކު އެ ހިނިތުންވުން ފަނޑުވިއެވެ. އެނދުން ތެދުވަމުން ނޯޓު ފޮތް ނަގާފައި, އޭނާ ލިޔުނު ސުވާލުތަކަށް ނަޒަރު ހުއްޓާލިއެވެ. ފޮތް ކުރިން އޮތް ތަނުގައި ބާއްވަމުން ލިއަމް ޓެރެސްއަށް ނުކުމެލިއެވެ. ދުރުން ފެންނަ ފަރުބަދަތަކާ، ވާދީތަކަށް އޭނަ ނަޒަރު ހުއްޓާލިއެވެ. ހިތަށް ފިނިކަން ގެނެސްދޭ މަންޒަރެއް ކަމުގައި އެ މަންޒަރު ވިއެވެ. އިރުކޮޅަކު އިށީނދެގެން އިނދެފައި ކޮޓަރިއަށް ވަނެވެ. އޭރު އޭނާގެ ސިކުނޑީގައި ރަސްކަން ކުރަމުން ދިޔައީ ޒައިދުގެ ހިޔާލުތަކެވެ. ***** ނަމާދުކޮށްގެން ޤުރުއާން ކިޔަވާ ނިންމާލާފައި ސާރާ ކުޑަދޮރު ހުޅުވާލިއެވެ. މިއަދު ހިނގި ހާދިސާ މަތިން އޭނާ ހަނދާން ނެތޭ ގޮތެއް ނުވެއެވެ. ބައެއް ފަހަރު ބޭއިޚްތިޔާރުގައި، އޭނާގެ ލޮލަށް ކަރުނަ ޖަމާވަނީ، ޒައިދުގެ ކިބައިން ސަލާމަތް ނުވެވުނު ނަމަ ދެން ވާނެ ގޮތް ހިތަށް އަރާފައެވެ. އޭނާ ސަލާމަތް ކޮށްދިން ޒުވާނާއަށް ޝުކުރު އަދާކުރަން ޖެހޭނެއެވެ. ވިސްނުން ތަކުގައި ހުރި ސާރާ މޭޒު ކައިރިއަށް ޖެހިލާ، ގަނޑެއްގައި ޝުކުރުގެ ބަސްކޮޅެއް ލިޔެލިއެވެ. އެއަށްފަހު ޓެރެސްއަށް ނުކުމެލިއެވެ. ގަނޑުކޮޅު ބޮނޑި ކޮށްލުމަށްފަހު އޭނަ އެ ޒުވާނާ އުޅޭ ގޭގެ ޓެރެސްއަށް އެއްލިއެވެ. އިރުކޮޅަކު ޓެރެސްގައި މަޑުކޮށްލުމަށްފަހު ސާރާ އެތެރެއަށް ވަނީ ފިނި ބޮޑުވެގެންނެވެ. *** ފެންވަރާއިގެން ނުކުތް ލިއަމް އޭނާގެ އިސްތަށިގަނޑުގައި ހުރި ފެންތައް ދެފަރާތައް ފޮޅައިލިއެވެ. ލިއަމް ގަސްތުކޮށްގެން ހުރީ ކުޑަގޮތަކަށް ނޫޑުލިސް ކޮޅެއް ހަދައިލައިގެން ކާލަން ކަމަށް ވިޔަސް, ކަންނެތްވެފައި ހުރުމުން އޭނާ ނިންމީ ކޮފީއަކުން ހަމަޖައްސާލާށެވެ. ތިރިއަށް ގޮސް ކޮފީއެއް ގިރާލައިގެން ޓެރެސްއަށް ނުކުތީ ލެޕްޓޮޕް ވެސް ހިފައިގެންނެވެ. ކޮފީތަށިން އެތި ފޮދެއް ބޮއިލުމަށްފަހު އޭނާ ލެޕްޓޮޕް ހުޅުވާލިއެވެ. އެއަށްފަހު އޭނާ މިހާރު ލިޔަމުން ގެންދާ ޑޮކިއުމެންޓް ހުޅުވާލިއެވެ. ލިޔުމުގެ ކުށްތައް ފިލުވަން އުޅުނު ނަމަ ވެސް އިރުއިރު ކޮޅާ މިއަދުގެ ހާދިސާ އޭނާއަށް ހަނދާންވާތީ، އެކަން ކުރަންވީ ދަތި ކަމަކަށެވެ. ކޮފީ ތަށިން އެތި ފޮދެއް ބޮއިލަމުން ލިއަމް މަސައްކަތް މަޑު ޖައްސާލިއެވެ. ފޯނު ނަގާ އެރިކް އޮންލައިންގައި އިންތޯ ބަލާލިއެވެ. ނަސީބު ދެރަކަމުން އެރިކް އިނީ އޮންލައިން އަކު ނޫނެވެ. ހުސްގަޔާ އިނުމުން އަންނަމުންދިޔަ ވައިރޯޅިތައް އޭނާގެ ހަށިގަނޑުގައި އެއްވެސް ހުރަހެއްނެތި ބީހެމުން ދިޔައެވެ. ބަރާބަރަށް ކަސްރަތުކޮށް އުޅޭތީ ލިއަމްގެ ހަށިގަނޑުގެ މަސްތައް ވަރަށް ވަރުގަދައެވެ. ފިރިހެންވަންތަ ހަށިގަނޑެކެވެ. ބޮލުގެ އިސްތަށިތައް ހޭވިފައި ހުރިނަމަވެސް ހިތްގައިމެވެ. އިރުކޮޅަކު މަސައްކަތުގައި އިނދެފައި ތެދުވި ވަގުތު އޭނާގެ ލޮލުގައި މޭޒާ ދިމާ އެއްފަރާތައް ވެއްޓިފައި އޮތް ގަނޑުކޮޅު އަޅައިގަތެވެ. އޭނަ އެ ގަނޑުކޮޅު ނަގާ ނިއުޅުވައިލީ ސާރާގެ ގަނޑުކޮޅެއް ކަން ޔަޤީން ކުރާ ޙާލުގައެވެ. އޭގައި އޮތީ ޝުކުރު އަދާކޮށްފައެވެ. ތިރީގައި ހިނިތުންވެފައި އިން މޫނެއް ކުރަހާލާފައި އިންތަން ފެނި ލިއަމްއަށް ވެސް ބޭއިޚްތިޔާރުގައި ހިނިތުން ވެވުނެވެ. ދެ ފަރާތަށް ބޯ ހޫރާލަމުން ލިއަމް ގޮސް ގޮނޑީގައި އިށީނެވެ. އެއްފައި މައްޗަށް އަނެއް ފައި އަރުވާލަމުން އޭނާ އެ ގަނޑަށް ބަލަން އެތައް އިރަކު އިނެވެ. އެހެން އިނދެފައި އައި ޚިޔާލަކުން ކޮޓަރިއަށް ވަދެފައި ދެން އައިއިރު, އޭނާގެ އަތުގައި ގަނޑުކޮޅެއް އޮތެވެ. ސާރާމެން ގޭ ޓެރެސްއަށް ގަނޑުކޮޅު އެއްލުމަށްފަހު, އެ ހިނިތުންވުން ފުޅާކޮށްލަމުން ލެޕްޓޮޕާ އެއްޗެހި ހިފައިގެން އޭނާ ވަނީ އެތެރެއަށެވެ. އެނދުގައި އޮށޯވެލި ނަމަވެސް ނިދީގެ އެއްވެސް އަސަރެއް ލިއަމްގެ ލޮލުގައި ނުވެއެވެ. އޭނަ އެ އިންތިޒާރު ކުރަނީ އޭނާގެ ސުވާލު ތަކުގެ ޖަވާބު ސާރާ ދޭނެ އިރަކަށެވެ. ﷲ ގެ ކުޅަދުންވަންތަ ކަމުގެ ހެކި ބަލާލި ކޮންމެ ދިމާލަކުން ލިބެންޏާ އޭނައަށް އެ ހެކިތައް ނުފެންނަނީ ކީއްވެހެއްޔެވެ؟ ވިސްނުން ގެންދަންވީ ކޮން ދިމާލަކަށް ހެއްޔެވެ؟ ލިއަމް އަށް ވިސްނެނީއެވެ. ސާރާގެ ޖަވާބަކަށް އޭނާ ވަނީ ކެތް މަދުވެފައެވެ. ***** ފަތިސް ނަމާދުކޮށް ނިމިގެން ސާރާ ނުކުތް އިރު ޓެރެސްގައި ގަނޑުކޮޅެއް އޮތެވެ. އޭނާ އޭގައި ލިޔެފައިވާ އެއްޗެއް ކިޔާލިއެވެ. އެއާއެކު އޭނާގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. "ލިއަމް" ތިރީގައި މިފަހަރު އޮތީ އެލް އަކުރެއްގެ ބަދަލުގައި ފުރިހަމަ ނަން ލިޔެފައެވެ. ސާރާ ގަނޑުކޮޅު ހިފައިގެން އެތެރެއަށް ވަދެފައި މޭޒު ދޮށުގައި އިށީނެވެ. އޭނާ އޭގެ ޖަވާބު ލިޔާނީ ކިހިނެއް ހެއްޔެވެ؟ ލިއަމްއަކީ ކޮން ދީނެއް ޤަބޫލު ކުރާ މީހެއް ހެއްޔެވެ؟ ހިންދޫއެއް ހެއްޔެވެ؟ ކްރިސްޓިއަނެއް ހެއްޔެވެ؟ ނޫނީ އެތީސްޓެއް ހެއްޔެވެ؟ އޭނާ ލިއަމްގެ އެ ސުވާލުތަކުގެ ޖަވާބު ދޭނީ ކިހިނެއް ހެއްޔެވެ؟ އެފަދަ ވިސްނުން ތަކެއްގައި އިން ސާރާގެ ސިކުނޑީގައި ގުގުމައިލީ އަލް އިމްރާން ސޫރަތުގެ 190 ވަނަ އާޔަތެވެ. "ހަމަކަށަވަރުން، އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި ރޭދުވާ ތަފާތުވުމުގައި، ބުއްދީގެ أهل ވެރިންނަށް ކަށަވަރުވެގެންހުރި ހެކިތަކެއްވެއެވެ. " އާޔަތުގެ މާނަ ލިޔެލުމަށްފަހު ދެން ސާރާ ލިޔަން ގަސްތުކުރީ އައް ރަޢްދް ސޫރަތުގެ ދެ ވަނަ އާޔަތާއި ތިން ވަނަ އާޔަތުގެ މާނައެވެ. "اللَّه އީ، ތިޔަބައިމީހުންނަށް ފެންނަ ތަނބުތަކަކާ ނުލައި، އުޑުތައް އުފުއްލެވި ރަސްކަލާނގެއެވެ. ދެން عرش ގެ މައްޗަށް އެކަލާނގެ استواء ވެވޮޑިގަތެވެ. އަދި އިރާއި، ހަނދު خدمة ތެރި ކުރެއްވިއެވެ. (އެއިން) ކޮންމެ އެއްޗެއް ކަނޑައެޅިގެންވާ މުއްދަތަކަށް ހިނގަހިނގާ ހުރެތެވެ. ހުރިހާ ކަމެއް އެކަލާނގެ تدبير ކުރައްވަތެވެ. آية ތައް تفصيل ކޮށްދެއްވަތެވެ. (އެއީ) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނޭކަން، ތިޔަބައިމީހުން يقين ކުރުމަށްޓަކައެވެ." "އަދި އެކަލާނގެއީ، ބިން ފަތުރުއްވައި، އެ ބިމުގައި ހަރުލައި ހުންނަ ފަރުބަދަތަކާއި، ކޯރުތައް ލެއްވި ރަސްކަލާނގެއެވެ. އަދި އެއީ، ހުރިހާ ބާވަތެއްގެ މޭވާތައް، ޖޯޑުޖޯޑަށް (ދެވައްތަރުން ދެވައްތަރުން) ލެއްވި ރަސްކަލާނގެއެވެ. (އަދި) އެކަލާނގެ ރޭގަނޑުން ދުވާލު ނިވައިކުރައްވަތެވެ. ހަމަކަށަވަރުން، އެ (ހުރިހާ) ކަންތަކުގައި ފިކުރުކުރާ ބަޔަކަށް، ހެކިތަކެއް ވާކަން ކަށަވަރެވެ." ސާރާ އޭނާ ލިޔުނު އާޔަތް ތަކުގެ މާނައާ މެދު ފުންކޮށް ވިސްނުމަށް އެދުނެވެ. އެއަށްފަހު ގަނޑުކޮޅު ފޮތް ތެރެއަށް ލާފައި ބޭއްވިއެވެ. އޭނާ ބޭނުންވީ ލިއަމް ފެނުމުން އެ ގަނޑުކޮޅު ދޭށެވެ. ކޮލެޖަށް ދާ ގަޑި ކައިރިވުމުން ރީތިވެގެން ފޮތްތައް ދަބަހަށް އަޅައިގެން ނުކުތް އިރު, ބައްޕަ ފާރޫޤު އޮފީހަށް ދާން ތައްޔާރު ނުވެ ހުރުމުން ސާރާ ސުވާލުކޮށްލިއެވެ. "ބައްޕަ އޮފީހަށް ނުދަނީތަ؟ ބަލިވެތަ؟" އެއަޑުގައި ހިސާބެއްގެ ހާސްކަމެއް ވެއެވެ. ފާރޫޤު ބުނީ އޭނާ ބޮލުގައި ރިއްސާ އެނބުރުން އަރާތީ، މިއަދު އޮފީހަށް ސަލާމް ބުނީ ކަމުގައެވެ. ސައިބޮއިގެން ސާރާ ގެއިން ނުކުތް އިރު، ޖެހިގެން ހުރި ގޭ ގޭޓު ހުޅުވާލާފައި ލިއަމް ވެސް ނުކުންނަނީއެވެ. އޭރު އޭނާގެ ކޮނޑުގައި ބެކްޕެކެއް އަޅުވާލާފައި އޮތެވެ. ސާރާ ފެނުމާއެކު ލިއަމް ހިނިތުންވެލިއެވެ. ރައްދުގައި ސާރާ ވެސް ހިނިތުންވުމެއް ލިއަމްއަށް ހަދިޔާ ކޮށްލިއެވެ. ކަމެއް ހަނދާންވާ ފަދައަކުން ސާރާ ކޮނޑުގައި އަޅުވާފައި އޮތް ދަބަހުގެ ތެރެއިން ފޮތެއް ނެގިއެވެ. އެއަށްފަހު އޭގެތެރެއަށް އޭނަ ލީ ގަނޑުކޮޅު ނަގާފައި ލިއަމް އާ ހަވާލުކޮށްލިއެވެ. އޭގައި ޖަވާބު އޮންނާނެއޭ ބުނުމަށްފަހު، އިތުރަށް އެއްޗެއް ނުބުނެ އޭނާ ހިނގައިގަތީ ކޮލެޖާ ދިމާލަށެވެ. ސާރާ ދިޔަ ދިމާލަށް ބަލަން ހުރުމަށްފަހު ލިއަމް ގަނޑުކޮޅު ނިއުޅުވާލާ އޭގައި ލިޔެފައި އޮތް އެއްޗެއް ކިޔައިލިއެވެ. އެއާއެކު އޭނާގެ ގައިން ހީބިހި ނެގިއެވެ. އެންމެ ފުރަތަމަވެސް އޭނާއަށް ބަލައިލެވުނީ އުޑާ ދިމާލަށެވެ. ފުރަތަމަ ފަހަރަށް އެ އުޑާ މެދު ވިސްނާލަން މަޖުބޫރުވިއެވެ. އަޅުވާފައި އޮތް ބެކްޕެކަށް އެ ގަނޑުކޮޅު ލަމުން އޭނާ ހިނގައިގަތެވެ. މިއަދު ލިއަމްގެ މަސައްކަތަކަށް ވީ ޕާކިސްތާނުގެ ކެއުންތަކާ ބެހޭ މައުލޫމާތު ކޮޅެއް އެއްކޮށްލުމެވެ. ބޭނުންވާ ބައެއް މައުލޫމާތު ވެސް ލިބުނެވެ. "އައްސަލާމް ޢަލައިކުމް" ލިއަމް ގޮސް ތަރުކާރީ ވިއްކާތަނަކަށް ހުއްޓުމާއެކު އެތަނުގައި ހުރި ދެބައި އުމުރެއްގެ މީހަކު ސަލާމް ގޮވައިލިއެވެ. ލިއަމް ހިނިތުންވެލިއެވެ. އެތަނުން އޭނާ ހިނގަމުން ދިޔައީ ބައެއް ފޮޓޯތައް ވެސް ކެމެރާގައި ރައްކާ ކުރަމުންނެވެ. މަސައްކަތުގައި އުޅެލާފައި އައިސް ވަން ތަނާ އޭނާއަށް އެރިކް ގުޅައިފިއެވެ. އެއާއެކު ލިއަމް ފޯނު ނެގިއެވެ. "އޭތް! މަ ބުނީ އެއްކަލަ ޒައިދު އެބަ އުޅޭ މިކޮޅުގަ، ހަނދާންވޭތަ؟" ލިއަމް ކުއްލިއަކަށް ކަމެއް ހަނދާންވާ ފަދަ އަކުން ވާހަކަ ދެއްކިއެވެ. "ހުވާ؟" އެރިކް ހައިރާން ކަމާއެކު އަހައިލިއެވެ. "މަ ފެންނައިރަށް އެ އައި ގޮތަށް އައިސް ގޮށް މުށުގެ ހަމަލާއަކުން މަރުޙަބާކީ" ލިއަމް ބުނެލިއެވެ. "ދެން ކަލޭ ހަމަ ހުރި ގޮތަށް ހުރީ؟" އެރިކް އަހައިލިއެވެ. އޭނާ ހިނިގަނޑެއް ޖަހައިލިއެވެ. "މަ ދެން އަޅާނުލީ ބަޔަކު މީހުން އެއް ނުކުރަންވެގެން ދޯ" ލިއަމް ވެސް ހީގަތެވެ. "ކޮންތާކުން އޭނަ އާ ދިމާވީ؟" އެރިކް ޝައުގުވެރިކަމާއެކު ސުވާލުކޮށްލިއެވެ. ލިއަމް ކުޑަގޮތަކަށް އިއްޔެގެ ހާދިސާ ކިޔައިދިނެވެ. "އޭނަ ޕާކިސްތާނުތަ؟ ވަރަށް ހީނުވޭ!..." އެރިކް ބުނެލިއެވެ. އެތައް އިރަކު ދެމީހުން ވާހަކަ ދައްކަން ތިއްބެވެ. ***** ރޭގަނޑެކެވެ. އޮށޯވެ އޮތް ލިއަމްގެ ނަޒަރު ހުރީ ސީލިންގަށް ހުއްޓިފައެވެ. އޭގެ ފަހުން ދެ ދުވަސް ފާއިތުވެގެން ދިޔައިރު ވެސް, އޭނާއަށް ސާރާ ފެންނަ ގޮތެއް ނުވެއެވެ. އެހެންނަމަވެސް, އިއްޔެގެ ވަގުތެއްގައި ވެސް ޒައިދު އިތުރު މީހަކާއެކު, ސާރާމެން ގެއަށް އައި ތަން އޭނައަށް ފެނުނެވެ. އެކަމުގެ ސަބަބުން އޭނާގެ ހިތަށް ނޭނގޭ އުނދަގޫތަކެއް ވަނީއެވެ. ސާރާއާއި ޒައިދުއާ އޮތީ ކޮން ގުޅުމެއްހެއްޔެވެ؟ ސާރާ އަކީ އޭނާގެ މީހެކޭ ޒައިދު އެ ބުނީ ކީއްވެހެއްޔެވެ؟ ލިއަމްގެ ހިތުގައި ތަފާތު ޝުއޫރުތައް ދައުރުވަމުން ދިޔައެވެ. އޭނާއަށް ސާރާ ވަރަށް ކަމުދެއެވެ. މުސްލިމް އަންހެން ކުއްޖަކަށް ވީތީ ނަފްރަތު ކުރަން އިންތިހާ ބޭނުން ނަމަވެސް, އޭނާއަށް ސާރާގެ މަޑުމައިތިރި މިޒާޖު ކަމުދަނީއެވެ. ޤަބޫލުކުރަން ބޭނުން ނޫނަސް ހިޖާބު އަޅާ ފޮރުވިގެން ހުރުމުން އޭނާގެ ހިތުން ޚާއްސަ ޤަދަރެއް ސާރާއަށް ދެވިއްޖެއެވެ. އޭނާގެ ޙަޔާތަށް މީގެ ކުރިން މުޅިންވެސް އައިސްފައިވަނީ ޒަމާނީ ފެޝަނަށް ލޯބިކުރާ އަންހެން ކުދިންނެވެ. އޭގެ ތެރެއިން ކޮންމެ ކުއްޖަކީ ވެސް އެތައް ފިރިހެނަކާއެކު ވިޔާނުދާކޮށް އުޅެފައިވާ ކުދިންތަކެކެވެ. ބާތަކުގައި އާއި ހޮޓެލްތަކުގައެވެ. އޭރު އޭނާއަށް އެއީ މައްސަލައެއް ނޫނެވެ. އެހެންނަމަވެސް ސާރާ ފެނި ވިސްނުން އެހެން ދިމާލަކަށް ފުރޮޅާލަން މަޖުބޫރު ވެއްޖެއެވެ. އޭނާގެ ހަޔާތަށް މީގެ ކުރިން އައި އަންހެން ކުދިންނާ ސާރާ އާއި އަޅާ ކިޔޭތީ އެކަމާ ޚުދު ލިއަމް ވެސް ހައިރާންވެއެވެ. ސާރާ އަކީ ޢިއްފަތްތެރި އަންހެން ކުއްޖެއްކަން އޭނާގެ ސިކުނޑި އޭނާއަށް ޔަޤީންކަން އަރުވަމުންދާ ފަދައެވެ. އެ ދުވަހުގެ ހާދިސާގައި ސާރާ އެހާ ވަރަށް ޒައިދު ދުރުކުރުވަން އުޅޭނީ ގައިމު ކަމެއް ވީމަތާއެވެ. "ޒައިދު އޭނަގެ މީހެކޭ ބުންޏަސް، ސާރާގެ މޫނުމަތީގެ ކުލަވަރު ތަކުން ދޭހަވަނީ އެހެން އެއްޗެއް... ހަމަ ގައިމުވެސް ސާރާ އަދި މީހަކާ ނީންނަކަން ޒައިދުގެ ވާހަކަތަކުން އަހަންނަށް ޔަޤީން... އެކަމަކު ޒައިދު އެހެން އެ ބުނީ ކީއްވެ؟ ސާރާ އާއި އިންނަން އުޅެނީތަ؟" ކުއްލިއަކަށް ވެރިވި ޚިޔާލާއެކު ލިއަމްއަށް ފުންމައިގެން ތެދުވެވުނެވެ. "ނޫން.... އަހަންނަށް މި ވަނީ ކިހިނެއްތަ؟ ސާރާ އެހެން މީހެއްގެ ހައްގަކަށް ވާން ދޫކޮށްލަން މިހިތް ނޭދެނީ ކީއްވެތަ؟ އަހަރެންގެ ހިތުގައި އެ އަންހެން ކުއްޖާއަށްޓަކައި އުފެދިގެން މިއުޅޭ އިޙްސާސްތައް ހިންދައިލާނީ ކިހިނެއްތަ؟ " ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން ލިއަމް ފުން ނޭވާއެއްލާ ދެ ލޯ މަރާލިއެވެ. ދެން ވިސްނެން ފެށުނީ އަނެއްކާވެސް މުސްލިމުންނާ މެދުގައެވެ. ސާރާ ދިން ގަނޑުކޮޅު ހިފައިގެން އައިސް އޭނާ އޭގައި ލިޔެފައި އޮތް އެއްޗެއް ކިޔަން ފެށިއެވެ. ވިސްނަމުންނެވެ. ވިސްނި ވަރަކަށް އިތުރު ކަންތައް ތައް އެނގެން ޝައުގުވެރިވިއެވެ. ސާރާ ފޮނުވާ ކޮންމެ ޖަވާބެއްގެ ސަބަބުން، ޤުރުއާނުގެ އިތުރު އާޔާތްތަކާއި އޭގެ މާނަ އެނގެން އޭނަ ބޭނުންވަނީ ކީއްވެހެއްޔެވެ؟ އޭނާ މި ކަންކަމަށް ޝައުގު ވެރިވާކަން އެނގިއްޖެއްޔާ އޭނާގެ އެކުވެރިން ބުނާނީ ކީކޭ ހެއްޔެވެ؟ އޭނާގެ ހުރިހާ އެކުވެރިންނަކީ ވެސް, އިސްލާމް ދީނާ ވަރަށް ދެކޮޅު އެކުވެރިން ތަކެކެވެ. އޭގެތެރޭގައި ހިންދީންނާއި ކްރިސްޓިއަނުންނާއި އެތީސްޓުންވެސް ހިމެނެއެވެ. އެންމެ ގާތް އެކުވެރިޔާ އެރިކްއަށް ވެސް އެ ހުރިހާ ކަމެއް ސިއްރުކުރަނީ އެހެންވީމައެވެ. ފަހަރެއްގައި ވެސް އެކުވެރިންގެ ފުށުން އޭނާއަށް ނަފުރަތު ރައްދުވާން ނޭދޭތީއެވެ. މަލާމާތް ރައްދުވާން ނޭދޭތީއެވެ. ލިއަމް ޓެރެސްއަށް ނުކުމެލިއެވެ. ޖެހެމުން ދިޔަ ތާޒާ ވައިރޯޅިތަކުގެ ސަބަބުން އޭނާގެ ހަށިގަނޑަށް އަރާމުވިއެވެ. ނިދި ނައިސް ގިނަ އިރުވާން ފެށުމުންނާ، އެ ހަށިގަނޑުގައި އުފެދެމުން ދިޔަ އުދާސްކަމުގެ ސަބަބުން، ލިއަމް ގަސްތުކުރީ ސައިކަލުގައި ދުއްވާލަން ދިޔުމަށެވެ. ސައިކަލަށް އަރާ ހެލްމެޓް އަޅައިލުމަށްފަހު އޭނާ ސައިކަލު ސްޓާރޓް ކޮށްލިއެވެ. ސައިކަލުގެ ދުވެލި އާދައިގެ ވަރެއްގައި ބަހައްޓައިގެން ލިއަމް ދުއްވަމުން ދިޔައިރު ފަޒާގެ ތެރޭގައި އާދަޔާ ޚިލާފު ތެތްފިނި ކަމެއް ރަސްކަން ކުރަމުން ދިޔައެވެ. ޖެކެޓެއް ލައިގެން އިން ނަމަވެސް އޭނާގެ ހަށިގަނޑަށް ވެސް ކޮންމެވެސް ވަރަކަށް ފިނިވަމުން ދިޔައެވެ. މަގުގެ އެއްފަރާތުގައި ހުރި ކާ އެއްޗެހި ވިއްކަމުން ދިޔަ ތަނަކަށް މަޑުކޮށްލާ އޭނަ އެތަނުގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިށީނެވެ. ސައިތައްޓަކަށް އެދުމުން ލަސް ތަކެއް ނުވެ މުސްކުޅިވަރެއްގެ ފިރިހެނަކު އައިސް އޭނާއަށް ސައިތައްޓެއް ދިއްކޮށްލިއެވެ. އަދި ހިނިތުންވެލިއެވެ. ލިއަމް އޭނާއަށް ބަލައިލުމަށްފަހު ޝުކުރު އަދާކުރިއެވެ. ކޮންމެވެސް ވަރަކަށް ނުތަނަވަސްކަން ފިލާ ހަމަޖެހިލެވުނެވެ. ބޭރުގައި އުޅެފައި ގެއަށް ދެވުނު އިރު އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. ނިދަން އެނދުގައި އޮށޯތުމާއެކު ވިސްނެން ފެށުނީ ޒައިދުއާ މެދުގައެވެ. އެއާއެކު އޭނާގެ ވިސްނުމާ ގުޅުނީ މީގެ އަހަރެއްހާ ދުވަސް ކުރީގެ ހަނދާން ތަކެކެވެ. **** ލިއަމް އޭނާގެ ލޯބިވެރިޔާ ޖެސިކާ އާ އެކު މަޝްހޫރު ކްލަބެއް ކައިރިއަށް ކާރު މަޑުކޮށްލިއެވެ. އެއްފަރާތުގައި ކާރު ޕާކު ކޮށްލާފައި ޖެސިކާގެ އުނަގަނޑުގައި އަތް އަޅުވާލަމުން އެތަނުގެ އެތެރެއަށް ވަންނަން ލިއަމް ހިނގައިގަތެވެ. (ނުނިމޭ)
ނޫރު-5
މާލެއިން ކޮވިޑް-19ގެ ފުރަތަމަ ކޭސް ފެނުމާއެކު ލޮކްޑައުން އަށް ގެނައި އިރު އެންމެ އެކަށީގެންވާ ނަތީޖާތަކެއް ފެނިފައި ނުވި ނަމަވެސް މިހާރު ލޮކްޑައުން ވަރަށް އިފެކްޓިވް ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެ އެވެ. މިރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ މިހާރު ނަގާފައިވާ އިތުރު ފިޔަވަޅުތަކާއެކު ލޮކްޑައުން ވަރަށް ވަރުގަދަ ކަމަށެވެ. "އަޅުގަނޑުމެން ފެށިއިރު ފަހަރެއްގައި އަޅުގަނޑުމެންގެ، އެންމެ ފުރަތަމަ ލޮކްޑައުންގެ ހާލަތައް ގެނައުމަށް ގޭގައި ތިބުމަށް އިރުޝާދުތައް ދިން އިރު، އޭރު ހަގީގަތުގައި ބޮޑަށް އެކަން ކަމަށް އާންމުންގެ ސަމާލުކަން ދެވިފައި ނުވަނީ. އެހެންނަމަވެސް މިހާރު ބަލާނަމަ ވަރަށް ސްޓްރޯންގްކޮށް ލޮކްޑައުން މިދަނީ،" އަފްޒަލް ވިދާޅުވިއެވެ. ޑރ. އަފްޒަލް ވިދާޅުވީ މިހާރު ފެންނަ ކޭސްތަކަކީ ގިނަ ބަޔަކު އުޅޭތަނަކުން އެތަނުގައި އުޅޭ އެންމެނަށް ފެންނަ ފަދަ ކޭސްތަކެއް ކަމަށެވެ. އެފަދަ ކޭސްތަކަކީ އެހެން ދިމާލެއްގެ ކޭސްއަކާ ގުޅިފައިވާ ކޭސްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންވީ މި ދުވަސްކޮޅު އެއް ކޮންޓެކްޓުން އަނެއް ކޮންޓެކްޓަށް އެ ވައިރަސް ޖެހުމުގެ ފުރުސަތު ކުޑަވެފައިވާތީ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
"ލޮކްޑައުންގެ ނަތީޖާ ވަރަށް ރަނގަޅު"
މިހާތަނަށް މާލެއިން ކޮވިޑް19 އަށް، އަށް މީހަކު ޕޮޒިޓިވް ވެފައި ވީނަމަވެސް، މިހާރު 100 އާ ގާތްކުރާ އަދަކަކަށް ޕޮޒިޓިވް ކޭސް އުޅޭނެ ކަމަށް އެޗްޕީއޭގެ ޑޮކްޓަރު، ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ. މިހާރު ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައިި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ޝީނާ ވިދާޅުވީ މިހާރު މާލެ ތެރެއިން ބަލި ޖެހިފައިވާ މީހުން ފެންނަމުން ދިއުމުގެ މާނައަކީ ބައްޔަށް ޕޮޒިޓިވް އިތުރު ބަޔަކު އުޅޭނެ ކަމެވެ. "އަޅުގަނޑުމެންނަށް މި ފެނުނީ 10 ވަރަކަށް ކޭސް. އެކަމު އޭގެ މާނައަކީ އޭގެ ހަ ގުނަ އުޅޭނޭ ރާއްޖޭގައި. އެހެންވީމަ 60 އަށްވުރެ ގިނަ، 100 އާ ގާތްކުރާ އަދަދަކަށް އުޅޭނެ އަޅުގަނޑުމެންގެ ތެރޭގައި،" ޑރ. ޝީނާ ވިދާޅުވިއެވެ. ޑރ. ޝީނާ ވިދާޅުވީ ޕޮޒިޓިވް މީހުންގެ ކޮންޓެކްޓްސް ވަރަށް ގިނަ ކަމަށާއި އެހެންކަމުން މިވަގުތު ކޮންމެ މީހަކީ ވެސް ބަލި ޖެހުމުގެ ރިސްކުގައި ހުރި މީހެއް ކަމަށް ބަލައި މިކަމަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށެވެ. ޑރ. ޝީނާ ވިދާޅުވީ ބަލި ފެތުރުން ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ، ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ގޮސް، އެންމެނަށް އެއްފަހަރާ ފަރުވާ ދެވޭނެ ކެޕޭސިޓީ ނެތް ކަމަށެވެ. އަދި މިހާރު ދާ ރޭޓު ކޮންޓްރޯލް ނުކުރެވިއްޖެނަމަ، 14 ދުވަހުގެ ތެރޭގައި ކެޕޭސިޓީ ހަމަވާނެ ކަމަށް ވެސް ޑޮކްޓަރު ވަނީ ވިދާޅުވެފައެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވެސް ވަނީ ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ރާއްޖޭގެ ކޮވިޑް19 ގްރާފު ޕީކަށް ދާނެ ކަމަށް ވިދާޅުވެފައެވެ. މިހާރު މާލެއިން އަށް މީހަކު ޕޮޒިޓިވް ވެފައިިވާއިރު، އެމީހުންްގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 300 އަށް ވުރެ ގިނަ މީހުން ވަނީ ފާހަގަވެފައެވެ.
100 އެއްހާ ކޭސް ރާއްޖޭގައި މިހާރު އުޅޭނެ: ޑރ. ޝީނާ
މިދިޔަ ފެބްރުއަރީ މަހު ރިލީޒްކުރި ތަމަޅަ ފިލްމު "އޯ މައި ކަޑަވުލޭ" ގެ ހިންދީ ރީމޭކެއް ގެނެސްދިނުމަށް ނިންމައިފިއެވެ. ޕްރޮޑިއުސަރު އަޝޯކް ސެލްވަން ބުނީ އެ ފިލްމުގެ ހިންދީ ރީމޭކެއް ސިނަމާތަކަށް ގެންނާނެ ކަމަށާއި މިހާރު އެ ފިލްމުގެ މަސައްކަތްތައް ވެސް ކުރަން ފަށައިފިކަމަށެވެ. ފިލްމުގެ ކާސްޓުން ހާމަކުރާނީ ކޮވިޑް19 ގެ ހާލަތުން ގައުމު އަރައިގަނެވުމުން ކަމަށާއި މި ފިލްމުގެ ހިންދީ ރީމޭކްވެސް ޑައިރެކްޓްކުރާނީ ތަމަޅަ ފިލްމުވެސް ޑައިރެކްޓްކުރި އަޝްވަތު މަރިމުތޫ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. މި ފިލްމަކީ ކުޑައިރުން ފަށައިގެން އުޅޭ ދެ ލޯބިވެރިންނަށް ދިމާވާ މަޖާ ކަންތައްތަކެއްގެ ވާހަކަ ގެނެސްދިން ފިލްމެކެވެ. "އޯ މައި ކަޑަވުލޭ"ގެ ތަމަޅަ ފިލްމު ގައި ލީޑް ރޯލު ކުޅުނު ތަރިންނަނީ އަޝޯކާއި ރިތިކާ ސިންގެވެ. މި ފިލްމުގެ ހިންދީ ރީމޭކެއް ހަދަން ތައްޔާރުވަމުން އަންނައިރު މި ފިލްމުގެ ތެލެގޫ ރީމޭކެއް ގެނެސްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
"އޯ މައި ކަޑަވުލޭ" ގެ ހިންދީ ރިމޭކެއް
ދެ ކްލަސްޓާއަކުން 190 ކޮންޓެކްޓު އަދި މިއަދު ޕޮޒިޓިވްވި 17 ކޭސްއިން 181 ކޮންޓެކްޓު ދެނެގަނެވިއްޖެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ. މިރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، މިއަދު މާލެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި 17 މީހުންނާ ކޮންޓެކްޓުވި 181 މީހުން ދެނެގަނެވިފައިވާ ކަމަށެވެ. ޑރ. އަފްޒަލް ވިދާޅުވީ، މިއަދު ޕޮޒިޓިވްވި 17 މީހުންގެ ތެރެއިން ކޭސް 76، 77 އަދި 78އާ ގުޅޭ ދެ ކްލަސްޓާއެއް އެބަ އޮތް ކަމަށެވެ. އޭގެ ތެރެއިން އެއް ކަލަސްޓާއިން 50 ކޮންޓެކްޓުން ދެނެގަނެވިފައިވާ އިރު އަނެއް ކްލަސްޓާއިން 140 ކޮންޓެކްޓު ފާހަގަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. "ކޭސް 76 ،77، އަދި 78 މި ކޭސްތަކާ ގުޅުން ހުރި ދެ ހަބެއް އެބަ ފެނިފައިވޭ. މި ހަބްތަކުގައި އުޅޭ މީހުންނަށް ބަލާއިރު 50 މީހުންނާއި 140 މީހުންނާ އެބަ އުޅޭ އެންހެންވީމަ މިއީ ފުދޭވަރަކަށް ބޮޑު ކޮންޓެކްޓު ހަބަކަށް ވެގެންދާނެ،" ޑރ. އަފްޒަލް ވިދާޅުވި އެވެ. މިއަދު ޕޮޒިޓިވްވި އެހެން ކޭސްތަކާ ގުޅުންހުރި ކޮންޓެކްޓުތަކުގެ އަދަދުތައް: ކޭސް 68: 8 ކޮންޓެކްޓުން ކޭސް 69 (ސިފައިންގެ މީހާ): 41 ކޮންޓެކްޓުން ކޭސް 70، 71، 72: މި ކްލަސްޓާއިން 34 ކޮންޓެކްޓުން ކޭސް 73 (ކޭސް 78 އަކާ ގުޅުންހުރި މީހެއް): 4 ކޮންޓެކްޓުން ކޭސް 74، 75 (ކޭސް 36އަކާ ގުޅުންހުރި އަމީން ހިޔާ ކޮންސްޓްރަކްޝަންގެ މުވައްޒަފުންތަކެއް): ތިން ކޮންޓެކްޓުން (ދެ ކޮންޓެކްޓުން ޕޮޒިޓިވް) ކޭސް 79 (ކޭސް 31 އަކާ ގުޅުންހުރި ޑެންޓަލް ކްލިނިކަކުން އިމްޕޯޓުވި ކޭސްއެއް): އަދި ކޮންޓެކްޓެއް ނެތް ކޭސް 80 (ބޭކް އޮފް ސިލޯންގެ މީހެއް): 14 ކޮންޓެކްޓް ކޭސް 81: 20 ކޮންޓެކްޓް ކޭސް 82: އަދި ކޮންޓެކްޓެއް ނެތް ކޭސް 83: 15 ކޮންޓެކްޓު ކޭސް 84: 4 ކޮންޓެކްޓެއް "މުޅި ޖުމްލަ އަށް ބަލާއިރު 181 ކޮންޓެކްޓް ޓްރޭސިން. އެއީ ހަބްގައި ތިބި 140 މީހުންނާއި 50 މީހުންގެ އިތުރުން،" ޑރ. އަފްޒަލް ވިދާޅުވި އެވެ. މާލެއިން އެންމެ ފުރަތަމަ ކޮވިޑް-19އަށް މީހަކު ޕޮޒިޓިވް ވެފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. މިހާރު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 84 އަށް ވަނީ އަރައިފަ އެވެ. މާލެއިން ކޭސްތައް ފެންނަން ފެށުމުން މާލެ ސަރަހައްދު ލޮކްޑައުންކޮށް 24 ގަޑިއިރުގެ ކާފިއު ހިންގަން ވަނީ ފަށައިފަ އެވެ. އޭގެ އިތުރުން މުޅި ރާއްޖޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ. އަދި ޖަމާއަތުގައި ނަމާދު ކުރުން ވަނީ މަނާކޮށްފައެވެ.
ކޮންޓެކްޓުން ގިނަވެ ކަންބޮޑުވުމެއް، މިއަދުގެ ކޭސްތަކުން 181 މީހަކު!
ލޮކްޑައުންގެ ހާލަތުގައި މާލޭގެ މަގުތައް މަތީގައި އުޅޭ މީހުންނަށް ފިޔަވަޅު އަޅަން ފުލުހުން ފެށިތާ ހަތް މިނެޓު ތެރޭގައި 74 މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން މިރޭ ބުނީ މިރޭ 8:30އިން ފެށިގެން މަގުމަތީގައި އުޅޭ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ. އެގޮތުން ޖޫރިމާނާ ކުރުމާއި ހައްޔަރުކުރުން ފަދަ ފިޔަވަޅުތައް އަޅަން ފަށާނެ ކަމަށް ފުލުހުން ބުންޏެވެ. މިރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ، މިރޭ 8:37ގައި ފުލުހުންގެ ފަރާތުން އެކަމާ ގުޅޭ މައުލޫމާތު ހޯއްދެވި ކަމަށެވެ. ފުލުހުންނާ ހަވާލާދެއްވައި އޭނާ ވިދާޅުވީ، ފިޔަވަޅު އަޅަން ފެށިތާ ހަތް މިނެޓު ތެރޭގައި 74 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ. "8:30އިން 8:37 މިނެޓާ މިވީ ގަޑިކޮޅުގެ ތެރޭގައި 74 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވޭ. އެއީ މިނެޓަކު ހަތް މީހުންނަށް ވުރެ ގިނަ އަަދަދެއް،" މަބްރޫކު ވިދާޅުވިއެވެ. މަގުމަތީގައި އުޅުން މިހާރު ހުއްދަ ނޫން ނަމަވެސް، ފުލުހުންނަށް ގުޅައިގެން ހުއްދަ ނަގައިގެން ޒަރޫރީ ބޭނުންތަކަށް މަގުމައްޗަށް ނުކެވިދާނެއެވެ. އެ ނޫން ކަންކަމުގައި މަގުމައްޗަށް ނުކުމެ އުޅޭ ނަމަ ފުރަތަމަ ފަހަރު ކުރާނީ، ޖޫރިމަނާ ކަމަށާއި ދެވަނަ ފަހަރު ގާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާގެ ދަށުން ހައްޔަރު ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެއީ ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމާ ގުޅޭ މާއްދާއެވެ. ފުލުހުން މީގެކުރިން ބުނެފައި ވަނީ ލޮކްޑައުން ކޮށްފައިވާ ވަގުތުގައި މަގުމައްޗަށް ނިކުންނަ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅައި ކަރަންޓީނަށް ގެންދަން ޖެހިއްޖެ ހާލަތެއްގައި އެކަން ވެސް ކުރާނެ ކަމަށެވެ.
ހަތް މިނިޓްތެރޭ 74 މީހަކު މާލޭ މަގުމަތިން ފުލުހުން ގެންގޮސްފި
ކޮރޯނާވައިރަހުގެ އެންމެ ނުރައްކާތެރި ކަމަކީ، އާންމު މުޖުތަމައުގެ ތެރޭގައި އެކަކު އަނެކަކު ގަޔަށް ވައިރަސް ފެތުރެމުން ދާ ހާލަތަކަށް ގައުމެއް ވެއްޓިގެން ދިޔުމެވެ. ނުވަތަ ކޮމިއުނިޓީ ޓްރާންސްމިޝަން އެވެ. ސިއްހީ މާހިރުން ގަދައަޅާ މަސައްކަތް ކުރަނީ އެ ހިސާބަށް ގައުމެއް ދިޔަ ނުދީ އޮބަހައްޓާށެވެ. އެކަމަކު މިފަހުން ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި ވެސް ނުވާ، މާލެ ތެރޭގައި އުޅެމުން ދިޔަ އާންމު މީހެއްގެ ގައިން ކޮރޯނާވައިރަސް ފެނިފައިވުމާ އެކު ރާއްޖެ މިވަނީ މިހާރު އެ ހާލަތަށް ވެއްޓިފަ އެވެ. މާލެ ތެރެއިން ފުރަތަމަ ކޭސް މިދިޔަ އަންގާރަ ދުވަހު ފެނުނު އިރު، މިއަދާ ހަމަޔަށް މާލޭގައި ވައިރަސް ޖެހުނު އަށް މީހަކު ވަނީ ފެނިފަ އެވެ. މިހާރު ޓްރެންޑް ހުރި ގޮތަށް ބަލާއިރު، ފުރަތަމަ ދެނެގަނެވުނު ކުލަސްޓާްއާ ގުޅުމެއް ނެތް، ދެމީހަކު ވެސް ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. މިއީ ނުރައްކާތެރި ރަނގަބީލެކެވެ. ކޭސްތައް މައްޗަށް ދާވަރަކަށް ކުއްލިއަކަށް އުފުލެމުން އަންނަ ކާވްއާ އެކު ބުނެދެނީ، މުޖުތަމައު ތެރެއަށް ވައިރަސް ފެތުރިފައިވާލެއް ހަލުއިމިނާއި ބޮޑުކަމެވެ. އެޗްޕީއޭ އިން މިހާރު ވަނީ އާންމު މުޖުތަމައުގައި ވައިރަސް ފެތުރިފައިވާ މިންވަރާއި މިހާރު ވައިރަހުގެ ދުވެލި ހުރި ގޮތުން ދެން ވާނެ ގޮތުގެ އަންދާޒާތަކެއް ހަދައި ހިސާބު ޖަހައިފަ އެވެ. އެމަޖެންސީ ރެސްޕޮންސް ސެންޓަރުގައި އާދައިގެ މަތިން މިރޭ ބޭއްވި ޕްރެސްކޮންފަރެންސްގައި ޑރ. ޝީނާ މޫސާ ވިދާޅުވީ އެ އަންދާޒާތަކުގެ ނަމްބަރުތަކުން ކަންބޮޑުވުން ވަރަށް ބޮޑު ކަމަށާއި ރާއްޖެ އޮތީ ވަރަށް ނުރައްކާ ހާލަތެއްގެ ތުންފަތް މަތީގައި ކަަމަށެވެ. ޑރ. ޝީނާ ވިދާޅުވީ، މިހާރު ބަލި ފަތުރެމުންދާ ނިސްބަތަށް ބަލާއިރު، ވަރަށް ބޮޑަށް ސަމާލުކަން ދީ އޮބަހެއްްޓުން ތަކެއް ގެނެސްގެން ނޫނީ މިހާރު އޮތް ހާލަތް ރަނގަޅު ކުރެވެން ނެތް ކަމަށެވެ. އެގޮތުން، އެޗްޕީއޭގެ އެންގުންތަކަށް ބޯނުލަބާ އާންމު ރައްޔިތުން ގައިދުރުކުރުމާއި ގޭގައި މަޑުނުކުރުން ފަދަ ކަންކަން ކުރާ ނަމަ ރާއްޖެ ދެން ވެއްޓޭނެ ހާލަތަކީ ފަރުވާ ނުދެވި މަރުވާ އަދަދު 2،000 އަށް އެރުން ކަމަށް އޭނާ ވިދާޅުވި އެވެ. އެ ދިރާސާގައި ލަފާކުރާ ގޮތުގައި މިހާރުވެސް 100 އެއްހާ ޕޮޒިޓިވް މީހުން ރާއްޖޭގައި އުޅުން އެކަށީގެންވެ އެވެ. މި ބާރު މިނުގައި ވައިރަސް ފެތުރިގެންފި ނަމަ، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ތިބި ޑޮކްޓަރުން ގެނެސްގެން ވެސް ބަލި ޖެހޭ މީހުންނަށް ފަރުވާ ނުދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޝީނާ ހިއްސާ ކުރެއްވި ގްރާފުން ދައްކާ ގޮތުން 14 ދުވަސް ތެރޭ އެއްވެސް އަޅާލުމެއް ނެތް ނަމަ، 19،000 އަށް ވުރެ ގިނަ ކޭސް ފެނިދާނެ އެވެ. އެއީ އޮރެންޖް ސިނާރިއޯ އެވެ. އަދި ވަރަށް ރަނގަޅަށް އާންމުން ފަރުވާތެރިވެއްޖެ ނަމަ، 23 އެއްހާ ކޭސް ފެނިދާނެ ކަމަށެވެ. އެއީ ނޫ ސިނާރިއޯ އެވެ. "[މިހާރު ފެތުރޭ ނިސްބަތުން] 14 ދުވަސްތެރޭ ވެންޓިލޭޓަރު ވަރަށް ލާން ޖެހޭ މިންވަރު މަތިވޭ. ގާތްގަނޑަކަށް އަޅުގަނޑުމެންގެ ހުރި ކެޕޭސިޓީއަށް އެ ދިޔައީ. އޭގެ އިތުރުން 21 ވަނަ ދުވަހަށްދާއިރު، އަޅުގަނޑުމެންގެ ކެޕޭސިޓީގައި ނެތް އެވަރެއް. އަދި ބައިވަރު އެދުތަކެއް ހެދި ނަމަވެސް، އެކަމަށް ކޭޓާ ކުރެވޭވަރުގެ ހުނަރު ހުރި ސިއްހީ ހިދުމަތްތްތެރިންނެއް ނެތް،" މިވަގުތު ޑިސްޓްކްޓް ހެލްތް ބޯޑް ވައިކާޓޯ، ނިއުޒިލޭންޑްގައި މަސައްކަތް ކުރައްވާ ޑރ. ޝީނާ ވިދާޅުވި އެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވާހަކަ ދައްކަވަނީ: މިހާރު ފެތުރޭ ނިސްބަތުން ވައިރަސް ފެތުރޭ ނަމަ، އެންމެންނަށް ފަރުވާ ނުދެވޭނެ ކަމަށް ވިދާޅުވި ---- ފޮޓޯ/ އެންއީއޯސީ ހެލްތް މިނިސްޓްރީގެ ޑައިރެކްޓާ އޮފް ހެލްތް ސާވިސްގެ މަގާމުވެސް މީގެ ކުރިން ފުރުއްވި ޑރ. ޝީނާ ވިދާޅުވީ، އެނދުތަކުގެ އަދަދު އިތުރު ކުރިނަމަވެސް އެމީހުންނާ ފަރުވާ ދެވޭނެ މީހުންނާއި ވަސީލަތްތައް ނެތް ނަމަ، އެއީވެސް ކަންބޮޑުވުމެއް ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ވަރަށް ގިނަ މީހުން މަރުވުރުމުގެ ފުރުސަތު އެބައޮތް ކަމަށް ޑރ. ޝީނާ ވިދާޅުވި އެވެ. "ހުސް އެނދެއްގައި ބޭއްވިޔަސް، އެމީހުންނާ ފަރުވާދެވޭނެ މީހުންނެއްވެސް ނެތް. ވެންޓިލޭޓަރުތަކެއްވެސް ނެތް އެވަރަށް. އޭގެ މާނައަކީ، ވަރަށް ގިނަ މީހުން މީގެ ސަބަބުން މަރުވެގެން ދާނޭ. އޮރެންޖް ސިނާރިއޯއަށް ބަލާނަމަ، ގާތްގަނޑަކަށް 2،000އެއްހާ މީހުން މަރުވެގެން ދާނެ މި ހާލަތުގައި ތިބެއްޖެ ނަމަ،" ޕަބްލިކް ހެލްތް ދާއިރާއިން ޕީއެޗްޑީ ހާސިލްކުރެއްވާފައިވާ ޝީނާ ވިދާޅުވި އެވެ. އޮރެންޖް ސިނާރިއޯގައި ފުރަތަމަ 21 ވަނަ ދުވަހު 36،500އަށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހުމުގެ ފުރުސަތު އެބަ އޮތެވެ. އަދި ނޫ ސިނާރިއޯގައި ފުރަތަމަ 21 ވަނަ ދުވަހު 68 މީހަކަށް ވައިރަސް ޖެހެ އެވެ. ފުރަރަމަ 28 ދުވަސް ތެރޭ އޮރެންޖް ސިނާރިއޯގައި 21،000 މީހުންނަށް ވައިރަސް ޖެހޭ އިރު، ނޫ ސިނާރިއޯގައި ޖެހޭނީ 200 އެއްހާ މީހުންނަށް ވައިރަސް ޖެހުމުގެ ފުރުސަތު އެބައޮތެވެ. ވައިރަހަށް ފަރުވާތެރި ނުވިވިއްޖެ ނަމަ، 100،000 އަށް ވުރެ ގިނަ މީހުންނަށްވެސް ވައިރަސްޖެހި، ފަރުވާދޭން ޖެހިދާނެ ކަމަށް ޑރ. އިންޒާރު ކުރެއްވި އެވެ. ޑރ. ޝީނާ ވިދާޅުވި ގޮތުގައި އެޗްޕީއޭ އިން މިހާތަނަށްވެސް މަސައްކަތް ކުރީ ބްލޫ ސިނާރިއޯއަށް އަމާޒު ހިފައިގެން ރައްކާތެރި ފިޔަވަޅުތައް އަޅައިގެންނެވެ. އެއީ މަޑުމަޑުން ރާއްޖޭގައި ހުރި ކެޕޭސިޓީއަށް ވިސްނައި، ގިނަ މީހުންނަށް ފަރުވާދެވި މަރުން ސަލާމަތް ކުރަން ކަމަށެވެ. "ބްލޫ ޕްރޮޖެކްޝަންއަށް ދެވޭތޯ މަސައްކަތް އެބަ ކުރަން މިހާރުވެސް. އެހެނެއް ނޫން، ވަރަށް ގިނަ ބޭފުޅުން ބަލިވެ، ފުރާނައަށް ގެއްލުން،[ވުމުގެ ފުރުސަތު އެބައޮތް]،" ޑރ. ޝިނާ ވިދާޅުވި އެވެ. ހެލްތް އެންޑް ރީސާޗް ދާއިރާ އިން ގައުމީ ޔުނިވާސިޓީގެ ކޮންސަލަޓެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވަމުން ގެންދާ ޑރ. ޝީނާ ވިދާޅުވި ގޮތުގައި މިކަމުގައި އޮތް ކަންބޮޑުވުމަކީ، އެއްފަހަރާ ފަރުވާ ނުދެވޭ ވަރަށް ގިނަ ބަޔަކަށް ވައިރަސް ޖެހުން ކަމަށެވެ. ކޭސްތައް ފެންނަ އަދަދު މަދުން އަންނަކަމުގައި ވާނަމަ، އެންމެންނަށްވެސް ފަރުވާދެވި، ގިނަ ބަޔަކު މަރުން ސަލާމާތް ކުރެވޭނެ ކަމަށް ޑރ. ޝީނާ ވިދާޅުވި އެވެ. އެ ފުރުސަތު ހޯދަން ޖެހޭ ކަމަށް ޑރ. ވިދާޅުވި އެވެ. "ބަލި ޖެހުމެއް ނޫން މައްސަލައަކީ. ބަލިޖެހިގެންވެސް ސިސްޓަމަށް ނުކަތާވަރަށް ދިޔަ ނުދިޔުން. އޭރުން ބަލި ޖެހޭ އެންމެންނަށް ފަރުވާ ދެވިގެން މަރުން ސަލާމަތް ކުރެވޭނީ،" ޑރ. ޝީނާ ވިދާޅުވި އެވެ. ޑރ. ވިދާޅުވި ގޮތުގައި މިހާރު ވައިރަސް ފެތުރޭ ހަލުވި މިނުގައި ފެތުރިއްޖެ ނަމަ، ކުރިއަށް އޮތް ރޯދަ މަހަކީ، އެންމެ ގިނަ މީހުން ވައިރަށް ޕޮޒިޓިވްވާ އަދަދު ގިނަ ވާނެ ދުވަސްވަރު ކަމަށެވެ. އެ ސްޓޭޖެއްދާއިރު، އެ އެންމެނަށް ފަރުވާ ދެވޭނެ ކެޕޭސިޓީއެއް ރާއްޖޭގެ ހެލްތް ސިސްޓަމްގައި ނެތް ކަމަށް ޑރ. ޝީނާ ފާހަގަ ކުރެއްވި އެވެ. "އެހެންވީމަ އަޅުގަނޑުމެން އެބަ ޖެހޭ ބްލޫ ލައިނަށް ކޮމްލައިންސް މަތިކޮށް މޫވްކުރަން. މިކަމުގައި ހުރިހާ ބޭފުޅުންގެ އެއްބާލުންވެސް ބޭނުންވޭ،" ޑރ. ޝީނާގެ ޕްރެޒެންޓޭޝަން ނިންމަވާލަމުން ވިދާޅުވި އެވެ. އެޗްޕީއޭގެ ޑރ. ނަޒްލާ ރަފީގުވެސް ދެއްވި އުންމީދަކީ، އަދިވެސް މި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރެވިދާނެ ކަމެވެ. ނަމަވެސް އެކަން އޮތީ ރައްޔިތުންގެ އަންމަތީގައި ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. ޑރ. ރައްޔިތުންގެ ކިބަައިން އެދިވަޑައިގެންނެވީ އެންމެން ގޭގައި މަޑު ކުރެެއްވުމަށެވެ. އެންމެންވެސް ސިއްހީ މާހިރުން ދޭ ލަފައަށް އަމަލު ކުރުމަށެވެ. "ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި 19،000 ކޭސްތޯ ނުވަތަ 29 ތޯ ފެންނަން އޮތީ ތިޔަބޭފުޅުންގެ އަތްމަތީގައި. އަދަދު ތިރިކުރަން ބޭނުމިއްޔާ ގޭގައި މަޑުކޮށްދެއްވާށޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ. މިރޭވެސް މާލެއިން ވަނީ އިތުރު ކޭހެއް ފެނިފަ އެވެ. އަދިވެސް އިތުރު ކޭސްތައް ފެނުމުގެ ފުރުސަތު އޮތް ކަމަށް، ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ ވިދާޅުވެފަ އެވެ.
ބަސްނާހައިފި ނަމަ މަންޒަރު ބިރުވެރި، 100،000 މީހުންނަށް ޖެހިދާނެ!
ބިދޭސީއެއްގެ އަތުން ގެއްލުނު ގިނަ އަދަދެއްގެ ފައިސާ ހޯދައިފިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އދ. ކުނބުރުދޫގައި މަސައްކަތް ކުރާ ބިދޭސީއެއްގެ އަތުން 30،000 ރުފިޔާ ގެއްލުނު މައްސަލަ ރޭ ފުލުހުންނަށް ހުށަހެޅި ކަމަށެވެ. އެ މައްސަލައާ ގުޅިގެން އދ. މަހިބަދޫގެ އިންވެސްޓިގޭޝަން ޓީމެއް އދ. ކުނބުރުދޫއަށް ގޮސް ކުރި މަސައްކަތުން ގެއްލުނު ފައިސާ މިހާރު ހޯދައިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ފައިސާތައް ހޯދީ ކޮންތާކުން ކަމެއް ފުލުހުން ނުބުނެއެވެ. އަދި އެ މައްސަލައިގައި މީހަކު އަދި ހައްޔަރުނުކުރާކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ މައްސަލަ މިހާރު އިތުރަށް ތަހުގީގް ކުރަމުންދާ ކަމަށެވެ.
ބިދޭސީއެއްގެ އަތުން ގެއްލުނު ގިނަ އަދަދެއްގެ ފައިސާ ހޯދައިފި
މާލެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި ސިފައިންގެ މީހާއާ ކޮންޓެކްޓުވި 41 މީހަކު ހޯދިފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ. ކޮވިޑް-19 ގެ ހާލަތާ ގުޅޭގޮތުން ބާއްވާ ސިލްސިލާ ނޫސްވެެރިންގެ ބައްދަލުވުމުގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު މިއަދު މެންދުރު ވިދާޅުވީ ސިފައިންގެ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެ ބަލި އެމީހާއާ ހަމައަށް ދިޔަ ގޮތުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް މިހާރު ކުރިއަށް ދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭނާގެ ކޮންޓެކްޓު ޓްރޭސިންގެ މައުލޫމާތު މިއަދު މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ދެއްވިއެވެ. ޑރ. އަފްޒަލް ވިދާޅުވީ، އެ ސިފައިންގެ މީހާ އަކީވެސް މިހާރު ހުރިހާ ސިފައިންގެ މީހުންނެކޭ އެއްގޮތަށް ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހެއް ކަމަށެވެ. އަދި އޭނާގެ 41 ކޮންޓެކްޓު މިހާތަނަށް ހޯދިފައިވާ ކަމަށް ވިދާޅުވިއެވެ. އެ ސިފައިންގެ މީހާ އުޅުނު ތަންތަނަށް ބަލާއިރު ކޮންޓެކްޓުވި މީހުންގެ ތެރެއިން ގިނަވާނީ ސިފައިންގެ މީހުން ކަމަށް ބެލެވޭ ކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ. އެ ސިފައިންގެ މީހާއާ ގުޅޭ ކޮންޓެކްޓުތަކުގެ އިތުރު ތަފްސީލު ދެއްވާނެ ކަމަށް މިރޭ އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވިއެވެ. މިއަދު އެކަނި މިހާތަނަށް މާލެއިން 17 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވެއެވެ. މިހާރު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ 84 އަށް ވަނީ އަރައިފައެވެ. މާލެއިން އެންމެ ފުރަތަމަ ކޮވިޑް-19އަށް މީހަކު ޕޮޒިޓިވް ވެފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އެއާއެކު މާލެ ސަރަހައްދު ލޮކްޑައުންކޮށް 24 ގަޑިއިރުގެ ކާފިއު ހިންގަން ވަނީ ފަށައިފައެވެ. އޭގެ އިތުރުން މުޅި ރާއްޖޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ. އަދި ޖަމާއަތުގައި ނަމާދު ކުރުން ވަނީ މަނާކޮށްފައެވެ.
ޕޮޒިޓިވްވި ސިފައިންގެ މީހާގެ 41 ކޮންޓެކްޓެއް ހޯދައިފި
ރަމަޟާންމަހުގެ އެންމެ ހާއްސަ ހަނދާނެއްގެ ގޮތުގައި އެންމެ ކުޑައިރުއްސުރެވެސް ހުންނަނީ ރޯދަ ވީއްލުމަށްފަހު އަވަސް އަވަހަސް މަންމަ އާއި މާމައާއިއެކު ތަރާވީސް ނަމާދަށް މިސްކިތްދޮށަށް ދާ ހަނދާނެވެ. އެހެންނަމަވެސް މި ރޯދަމަހު އެކަން ވާކަށްނެތެވެ. އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، މި ރޯދަމަހު އެކަން ކުރަން އޮތީ ގޭގަ އެވެ. ގިނަ ބަޔަކަށް މިއީ މުޅިން އާ ތަޖުރިބާއަކަށްވާއިރު، ހިތުގައި އުފެދޭ ސުވާލަކީ ގޭގައި ތަރާވީސް ކުރާނީ ކިހިނެއް ހެއްޔެވެ؟ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިވަނީ މިކަމާއި ބެހޭގޮތުން ވަރަށް ތަފްސީލީ މައުލޫމާތުތަކެއް "ސަން"އާ ހިއްސާކުރައްވައިފަ އެވެ. ވަކިވަކިން ޖަމާއަތުގައި ނަމާދު ކުރެވޭނެ ގޭތެރޭގައި އާއިލާއާއި އެކުގައި ނަމާދު ކުރާއިރުގައި ބައްޕަ ނުވަތަ އެހެން ފިރިހެނަކު އިމާމަކަށްހުރެ ފަސޭހަ މިންވަރަކަށް ކީރިތި ގުރުއާނު ކިޔައި ތަރާވީހް ނަމާދު ކުރެވޭނެ އެވެ. ފަސޭހަ މިންވަރަކީ މިސާލަކަށް ވައްޟުޙާ އިން ފެށިގެން ތިރީގެ ސޫރަތް ހިތުދަސްނަމަ އެ ސޫރަތްތައްތަކުންވެސް ކުރެވިދާނެ އެވެ. އަދި ފަލަޤް އިޚްލާސް ނާސި ސޫރަތް އެކަނި ހިތުދަސްނަމަ އެ ސޫރަތްތަކުން އެކަނި ތަކުރާރު ވީކަމުގައިވިޔަސް ވެސް ކުރެވިދާނެ ކަމަށް ޑރ.ޝަހީމް ވިދާޅުވި އެވެ. ރަކުއަތްތަކުގެ އަދަދު ތަރާވީޙު ނަމާދަކީ ދެ ރަކުއަތުން 2 ރަކުއަތުން ކުރެވޭ ނަމާދެކެވެ. ދެ ރަކްއަތުން ކުރާއިރު 2 ރަކުއަތް ދެމެދުގައި ވަކި ތަސްބީހައެއް ކިޔުމަކީ ސާބިތު ކަމެއް ނޫންކަމަށް ޑރ.ޝަހީމް ވިދާޅުވި އެވެ. އެހެން ނަމަވެސް ހަތަރު ރަކުއަތް ކޮށްފައި ނަމާދު ކުރާތަނުގައި އިށީންދެ އިނދެގެން އަރާމުކުރެވޭނެ އެވެ. އަރާމުކޮށްލަން އިންނަ ވަގުތުގައި ބޭނުންވާކަމުގައި ވަނީނަމަ ދުއާއެއްވެސް ކިޔާލެވިދާނެ އެވެ. އަރާމު ކުރުމަށްފަހު އަނެއްކާވެސް ތެދުވެ ތަރާވީހު ކުރަން ފަށާނީ އެވެ. މުސްހަފު ހިފައިގެން ހުރެ ތަރާވީސް ކުރެވޭނެތަ؟ ގޭގައި ނަމާދުކުރާއިރު ހަތިމު ކުރަން ބޭނުންވާނަމަ ފޯނު އެޕްލިކޭޝަނެއް ނުވަތަ މުސްހަފް ހިފައިގެން ހުރެވެސް ގުރުއާންކިޔެވިދާނެ ކަމަށް ޑރ.ޝަހީމް ވިދާޅުވި އެވެ. އެހެންނަމަވެސް އޭނާގެ ނަޒަރުގައި ނަމާދަކަށްވުމުން އެންމެ ރަނގަޅީ ފޯނަށް ވުރެ މުސްޙަފު ހިފައިގެން ކިޔެވުމެވެ. ސަޖިދައަށް ދާއިރު މުސްހަފަކީ ކުޑަ މުސްހަފެއް ނަމަ ޖީބަށް ވެސް ލެވިދާނެ އެވެ. ބޮޑު ނަމަ އަތުގަ ބާއްވައިގެންވެސް ސަޖިދަ އަށް ދެވިދާނެ އެވެ. ބައެއް އިލްމުވެރިންގެ އަރިހުގައި ބިމަކީ ތޯހިރު އެއްޗެއްކަމުގައި ހާމަކުރައްވާފައިވީ ނަމަވެސް، މާތްﷲ ގެ ކަލާމްފުޅުވީމަ އިހްތިރާމް ކުރުމުގެ ގޮތުން ބިންމަތީ ބޭއްވުމަކީ ރަނގަޅުކަމެއް ނޫންކަމުގައި އަނެއްބައި އިލްމުވެރިން ވިދާޅުވެ އެވެ. ޑރ. ޝަހީމްގެ ނަޒަރުގައި މިހާލަތުގައި ރަނގަޅީ ނުބޭއްވުމެވެ. އެހެންނޫން ނަމަ ކައިރީގައި ގޮނޑިއެއް ބަހައްޓާ ސަޖިދައަށް ދަމުން ގޮނޑީގައި ބަހައްޓާފައި ނެގިދާނެ އެވެ. އެ ހަރަކާތުގެ ސަބަބުން ނަމާދު ބާތިލެއް ނުވާނެ އެވެ. ތަރާވީހު ނަމާދާއިއެކު ވިތުރި ތަރާވީޙު ނަމާދަކީ ވަކި އަދަކަށްވުރެ ގިނައިން ކުރުމަށް ނުވަތަ ވަކި ޢަދަކަކަށްވުރެ ކުރުނުކުރުމަށް އޮންނަ ކަމެއްނޫނެވެ. ބޭނުން ނަމަ 8 ރަކުޢަތްވެސް ކުރެވިދާނެއެވެ. ނުވަތަ 20 ރަކުޢަތް ވެސް ކުރެވިދާނެއެވެ. އޭގެ އިތުރުން ވިތުރީގެ 3 ރަކުޢަތް ކުރާނެއެވެ. ވިތުރި ކުރާއިރު ޤުނޫތު ކިޔަންޖެހޭނެއެވެ. ޤުނޫތު ކޮންމެހެން ދިގުކޮށް ކިޔާކަށްނުޖެހުނަސް ދިގުކޮށް ނޭންގޭނަމަ ކުރުކޮށް ނުވަތަ ކުރިން ފަތިސް ނަމާދުގަ ކުރާ ޤުނޫތު ކިއުމަކީ މައްސަލައެއްނޫނެވެ. ވިތުރީގައި ޤުނޫތު ކިޔުމަކީ ސުންނަތް ވެގެންވާ ކަމެއް އަދި ވަރަށް މުހިއްމު ކަމެއްކަމުގައި ޑރ.ޝަހީމް ވިދާޅުވިއެވެ. އެނޫންނަމަ ދަމު ނަމާދުގައި ވިތުރި ކުރުމަށްޓަކައި ތަރާވީޙު ކުރުމަށް ފަހު ވިތުރި ނުކޮށް ފަސްކޮށްލެވިދާނެއެވެ. ސަބަބަކީ ރޭގަނޑު 2 ފަހަރެއްގައި ވިތުރި އެއް ނުކުރެވޭނެއެވެ/ އަދި ހަމައެހެންމެ ރޭގަނޑުގައި އެންމެ ފަހުން ކުރެވޭ ނަމާދަކަށް ވިތުރި ވާންޖެހޭތީއެވެ. ރޭގަނޑު ދަމުނަމާދު ނުކުރާނަމަ އިޝާ ނަމާދު ކޮށްފައި ތަރާވީހު ނަމާދުކޮށްފައި ވިތުރި ކޮށްފައި ޤުނޫތު ކިޔުމަށްފަހު ނިންމާލާނީއެވެ.ތަރާވީޙުކޮށްފައި ރޭގަނޑު ދަމުނަމާދަށް ނުހޭލެވޭ ކުދިން ތަރާވީޙު ކޮށްފަ ވިތުރި ކޮށްފަ ނިންމާލާނީއެވެ ދޮށީ ފިރިހެނެއް ނެތްނަމަ އިމާމަކީ ކާކު؟ މިސާލަކަށް ގޭގައި ހުންނަ ކުޑަ ކުއްޖެއް ނުވަތަ އެހެން ޢާއިލާގެ މެމްބަރެއް ވިއަސް ރީތިކޮށް ޤުރުއާނު ކިޔަވައި އަދި ގުރުއާނުގެ ސޫރަތްތައް ހިތުދަސްނަމަ އެއިން މީހަކު އިމާމަކަށް ލައިގެންވެސް މަންމަ އަދި ބައްޕަމެނާއިއެކު ތަރާވީސްކުރެވިދާނެ އެވެ. އެނޫން ހާލަތެއްގައި ބައްޕަ މިސާލަކަށް ނެތްކަމުގައި ވާނަމަ މަންމަ އަށް ދަރިންގޮވައިން ޖަމާއަތުގަ ތަރާވީހު ކުރެވިދާނެ އެވެ. ސަފުތައް ހަދާއިރު އެންމެ ފުރަތަމަ ފިރިހެން ކުދިން އެއަށް ފަހު އަންހެން ކުދިންތިބޭނީ އެވެ. އިމާމަށް ވުރެ ކުރިއަށް ސަފުތައް ނާންނަ ގޮތަށް ކަނާތުން ވައަތަށް ދާގޮތަށް ސަފުތައް ހަދަން ސަމާލުކަން ދޭންވާނެ އެވެ. ޑޜ.ޝަހީމް އިތުރަށް ވިދާޅުވީ ބޮޑު ބަލިމަޑުކަމެއް ފެތުރިގެން އުޅޭ މިި ދުވަސްތަކުގައިވެސް ގޭތޭގައި އާއިލާއެއްކޮޮށް ތަރާވީސްކުރުމަކީ ކޮންމެހެންވެސް ކުރުން މުހިންމުކަމެކެވެ.
ޑރ. ޝަހީމް ވިދާޅުދެއްވަނީ ގޭގައި ތަރާވީސް ނަމާދު ކުރާނެ ގޮތް
އެން ހިފަން ފީނި މީހަކު ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ. އެމްއެންޑީއެފް އިން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ "އަސްދާން" ނަމަކަށް ކިޔާ ދޯންޏަކުން ފުޅި އަޅައިގެން ފީނި އުމުރުން 28 އަހަރުގެ ދިވެއްސެއް ކަމަށެވެ. އެމްއެންޑީއެފް އިން ބުނީ އޭނާ ފީނަން ފޭބިއިރު، ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިންގ ސޫޓަކާއި ކަޅުކުލައިގެ ފިންސެއް ކަމަށެވެ. އަދި އަޅައިގެން ހުރީ ކަޅުކުލައިގެ މާސްކެއް ކަމަށް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައިިވާ ކަމަށެވެ. އޭނާ ފީނަން ފޭބީ ހަތަރު މީހުންނާ އެކުގައި ކަމަށާއި، އެމްއެންޑީއެފް އަށް ރިޕޯޓުކުރީ، އޭނާ ހޯދަން ދޯނިން މަސައްކަތް ކުރުމަށް ފަހު ހަބަރެއް ނުވެގެން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އެ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައި ވަނީ މިރޭ 20:12 އެހައިކަންހާއިރުއެވެ. އެ ދޯނީގައި ޖުމްލަ 25 މީހުން ތިބިކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އެމީހާ ގެއްލިފައި ވަނީ ގދ. ކޮނޮއްޓާ މޯލްޑިވްސް ރިސޯޓުގެ ހުޅަނގުން 2.5 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރަން އުޅެނިކޮށް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އެމީހާ ހޯދުމަށް މިހާރު އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އޭނާއާ ބެހޭ އެއްވެސް ހަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި އެ ހިސާބުގެ ރަށް ތަކުން ބަލައިދިނުމަށް އެމްއެންޑީއެފް އިން ވަނީ އެދިފައެވެ. އަދި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް ވެސް އެދިފައިވެއެވެ.
އެން ހިފަން ފޭބި ދިވެއްސަކު ގެއްލިގެން ހޯދަނީ
އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ސީރީޒް "ހެރީ ޕޮޓާ"ގެ އެކްޓަރު ރުޕާޓް ގްރިންޓް އަށް ކުއްޖަކު ލިބިއްޖެއެވެ. ރުޕާޓް އާއި އޭނާގެ ލޯބިވެރިޔާ އެކްޓްރަސް ޖޯޖިއާ ގްރޫމް އަށް އަންހެން ކުއްޖެއް ލިބުނުއިރު މިއީ އެދެމީހުންގެ އަލަތު ދަރިފުޅެވެ. ލަންޑަންގައި ދެމީހުން އެކުގައި ފިހާރައިގައި ތިއްބާ އާންމުންނަށް ޖޯޖިއާ ބަނޑުބޮޑުކަން އެނގި ވަނީ އޭނާގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އޭގެ ފަހުން މިދިޔަ މަހު ޖޯޖިއާ ބަނޑުބޮޑުކަން ވަނީ ހާމަކޮށްފައެވެ. ދަރިއަކު ލިބުމުން ދެތަރިން ވެސް ވަރަށް އުފާކުރާ ކަމަށާއި މިވަގުތު އެމީހުން ބޭނުންވަނީ އާއިލާ އާއެކު އެ އުފާ ހިއްސާކުރުމަށް ކަމަށް ޚަބަރުތައް ބުނެއެވެ. ރުޕާޓް އާއި ޖޯޖިއާ ލޯބީގެ ގޮތުން ގުޅިފައިވަނީ 2011 ވަނަ އަހަރުގައެވެ.
ހެރީ ޕޮޓާގެ އެކްޓަރު ރުޕާޓް ބައްޕައަކަށް
ބަރަކާތްތެރި ރަމަޟާން މަހަކަށް އަނެއްކާވެސް 'ސަން ބަދިގޭގެ' ބެލުންތެރިންނަށާއި ކިޔުންތެރިންނަށް މަރުހަ ބާއެވެ. މި ރޯދަ މަސް އަހަރުމެންނާ މި ބައްދަލު ކުރީ ތަފާތު ގޮތަކަށެވެ. ނަމަވެސް، މި ބަދިގެއިން ތަފާތު ރެސިޕީތައް ތައްޔާރުކުރަމުން ދާނެ އެވެ. މިއަހަރު ސަން ބަދިގޭގެ ހުރިހާ ރެސިޕީތަކަކީވެސް، ކެއްކުންތެރިންގެ ގޭގައި ތިބެގެން ތައްޔާރުކުރާ ބާވަތްތަކެވެ. ވީޑިއޯ ކުރަނީވެސް އެމީހުން އަމިއްލައަށެވެ. ގިނަ ޑިޝްތަކަކީ އެންމެނަށްވެސް ވީހާވެސް ފަސޭހައިން ލިބޭނެ އިންގްރިޑިއަންޓްސް ތަކެއް ބޭނުންކޮށްގެން ހަދާލެވޭނެ ރެސިޕީތަކަކަށް ވާނެ އެވެ. މިއަދުގެ ރެސިޕީއަކީ ހދ.ކުޅުދުއްފުށީގައި މިވަގުތުހުރި އާމިނަތު ލިއުޝާ (ތާތު) ތައްޔާރުކޮށްދީފައިވާ ރެސިޕީއެކެވެ. ކެއްކުމަކީ ލިއުޝާގެ ހޮބީއަކަށްވާއިރު، އޭނާގެ ކޮންމެ ރެސިޕީއެއްގައިވެސް އަމިއްލަ މީރު ގޮތެއް ހިމެނިފައިވާނެ އެވެ. ހަށިގަނޑަށް ލުއި އަދި މަދު ބާވަތްތަކެއް ބޭނުންކޮށްގެން ފަސޭހައިންތައްޔާރުކޮށްލެވޭނެ ރެސިޕީއެއް ބޭނުންނަމަ ގައިމުވެސް މި ރެސިޕީ ކަމުދާނެ އެވެ. ރެސިޕީގެ ވީޑިއޯ ތައްޔާރުކޮށްދީފައިވަނީ މަރިޔަމް މާޝާ ނައީމް (މާޓީ) އެވެ. ބޭނުންވާ ތަކެތި ފިޔާ ލޮނުމެދު ހިކި މިރުސް ވަޅޯމަސް ހިކަނދިފަތް ކީންވާ 1 މޭޒުމަތީ ސަމްސާ ރީދޫ ލޮނު އަސޭމިރުސް އަޖިނަމޮޓޯކޮޅެއް (އޮޕްޝަނަލް) ޓޮމާޓޯ (އޮޕްޝަނަލް) އޮލިވް އޮއިލް ތައްޔާރުކުރާނެ ގޮތް ފިޔާ، ލޮނުމެދު ހިކަނދިފަތް އަދި ވަޅޯމަސް ތުނިކޮށް ކޮށާލާށެވެ. އެއަށްފަހު ފެންފޮދަކުން ކީންވާ އެއްފަހަރު ދޮވެލާށެވެ. އެއަށްފަހު ލޮނާއި އަސޭމިރުސް އެޅުމަށްފަހު ކީންވާ ފެނުކައްކާލުމަށް ފެން އަޅާ އުނދުންމަތީ ބަހައްޓާށެވެ. ކީންވާތައް ރެއިސްވެ، ބޮކިއަަރަން ފެށުމުން އުނދުން ނިއްވާލުމަށްފަހު ފުރާނާލާށެވެ. އެއަށްފަހު އޮލިވްއޮއިލް އަޅާ ފިޔާ ލޮނުމެދު ހިކިމިރުސް އަދި ހިކަނދިފަތް ރަތްކޮށްލާށެވެ. ކުޑަކޮށް ކުލަ ބަދަލުވާން ފެށުމުން ވަޅޯމަސްކޮޅާއި ޓޮމާޓޯކޮޅުވެސް އަޅާލާށެވެ. ރަނގަޅަށް މިކްސްކުރުމަށްފަހު ލޮނާއި، އަސޭމިރުސް އަދި އަޖިނަމޮޓޯ އަޅާށެވެ. ރަނގަޅަށް މިކްސްކޮށްލުމަށްފަހު ކައްކާފައި ހުރި ކީންވާތައް އަޅާ އެއްކޮށްލާށެވެ. ގާރނިޝް ކޮށްލުމުގެ ގޮތުން ބޭސިލް ސީޑްސް ނުވަތަ ޕާރސްލީ ކޮޅެއްވެސް ބޭނުންކުރެވިދާނެ އެވެ. ލިއުޝާ ބޭނުންކޮށްފައިވަނީ ސެލެޑް ކްރީމް ކޮޅެކެވެ.
ސަން ބަދިގެ: ދިވެހި ގޮތަކަށް ކީންވާ ތައްޔާރުކޮށްލަމާ ހިނގާ!
ޓޮޓެންހަމްގެ ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހުންގް މިން އެގައުމުގެ އަސްކަރީ ހިދުމަތުގެ ގޮތުގައި ތިން ހަފްތާގެ މުއްދަތު ފުރިހަމަކޮށް އެންމެ ރަނގަޅަށް މަސައްކަތްކުރި ފަރާތަށް ދިން ހާއްސަ އެވޯޑް ވެސް ހާސިލްކޮށްފިއެވެ. ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލީ މިދިޔަ މާޗު މަހުގެ ކުރީކޮޅު އެވެ. އެއާ އެކު ގިނަ ކުލަބުތަކުގެ ކުޅުންތެރިން ވަނީ އަނބުރާ ގައުމަށް ގޮސްފަ އެވެ. އެކަމަކު ގައުމުތަކުގައި އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުުތަކާ އެކު ކުޅުންތެރިން ވަނީ ގޭގައި މަޑުކުރަން މަޖުބޫރުވެފަ އެވެ. އެކަމަކު ޓޮޓެންހަމްގެ ހުނަރުވެރި ފޯވާޑް މި ދަނޑިވަޅުގައި ވަނީ އޭނަގެ ގައުމު ކަމަށްވާ ދެކުނު ކޮރެއާގެ އަސްކަރިއްޔާއާ ގުޅިފަ އެވެ. އެ ގައުމުގައި ފިރިހެނުން އުމުރުން 28 އަހަރުވުމުގެ ކުރިން އަސްކަރީ ހިދުމަތުގައި ވަކި މުއްދަތެއް ހޭދަކުރުމަކީ މަޖްބޫރު ކަމެކެވެ. ނަމަވެސް 2018 ވަނަ އަހަރު އޮތް އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުން ދެކުނު ކޮރެޔާ އަށް ރަން މެޑަލް ހޯދައިދިނުމުގައި އެހީތެރިވެދިނުމުގެ ސަބަބުން އެގައުމުން ވަނީ ސޮންއަށް 21 މަސް ދުވަހު އަސްކަރިއްޔާގައި ހިދުމަތްކުރަން މަޖުބޫރު ނުވާ ގޮތަށް ހަދައިދީފަ އެވެ. އެކަމަކު ސޮން ވަނީ އެގައުމުގެ އެހެން ރައްޔިތުންނެކޭ އެއްފަދައިން ގައުމީ ވާޖިބު އަދާކުރުމުގެ ގޮތުން ތިން ހަފުތާގެ އަަސްކަރީ ހިދުމަތް ފުރިހަމަކޮށްފަ އެވެ. އެގައުމުގެ އަސްކަރީ އޮފިޝަލުން މައުލޫމާތުދޭ ގޮތުގައި އުމުރުން 27 އަހަރުގެ ސޮންގެ ފަރާތުން އެންމެ ބޮޑު ކުޅަދާނަކަމެއް ފެނިފައިވަނީ ޝޫޓިންގް ގައި ކަމަށާއި އޭނާ އެވޯޑް ހާސިލްކޮށްފައިވަނީ 157 ފަރާތެއް ހިމެނުނު ޕޫލެއްގެ ތެރެއިން ކަމަށެވެ. ސޮން ގައުމަށް ކޮށްދިން ހިދުމަތަށާއި އޭނާ އަސްކަރިއްޔާގައި އެ ހޯދި ކާމިޔާބީއަށް އޭނަގެ ކުލަބް ޓޮޓެންހަމުން ވަނީ މަރުހަބާ ކިޔައިފަ އެވެ. ޓޮޓެންހަމްއިން މިހާރު ރަސްމީކޮށް ޕްރެކްޓިސްތައް ފެށުމަށް ތައްޔާރުވަމުންދާ އިރު ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ސޮން ޓީމުގެ ޕްރެކްޓިސްތަކުގައި ބައިވެރިވާން ފަށާނެ ކަމަށް އެކުލަބުން ވަނީ ބުނެފަ އެވެ.
ސޮން ދެކުނު ކޮރެއާގެ އަސްކަރީ ހިދުމަތް ފުރިހަމަކޮށްފި
ކޮރޯނާ ފެތުރުން ކޮންޓްރޯލު ކުރުމަށް ލޮކްޑައުން ކޮށްފައިވާ މުއްދަތުގައި މާލެ، ވިލިމާލެ އަދި ހުޅުމާލެއަށް، ޒަރޫރީ ބޭނުންވާ ތަކެތި ޑެލިވަރީ ކުރުމުގެ ހިދުމަތްދޭން އެދޭ ފަރާތްތަގެ މައުލޫމާތު އިކޮނޮމިކް މިނިސްޓްރީއާ ހިއްސާ ކުރަން އެދެފި އެވެ. އެ މިނިސްޓްރީ އިން ނެރުނު އިއުލާނެއްގައި ބުނީ މާލެ ސަރަހައްދުގައި ލޮކްޑައުން އިއުލާނުކޮށްފައިވާ މުއްދަތުގައި މިހާތަނަށް ގުދަންތަކުންނާއި ފިހާރަތަކުން މުދާ ފޯރުކޮށްދެމުން ގެންދާ ވިޔަފާރިތަކުގެ އިތުރުން، ޒަރޫރީ ބޭނުންތައް ފުއްދުމަށް ގޭގެއަށާއި ފިހާރަތަކަށް މުދާ ފޯރުކޮށްދޭން ފަށަން ބޭނުންވާ ހުރިހާ ފަރާތްތަކުން، މިނިސްޓްރީއަށް މައުލޫމާތު ހިއްސާކުރަން އެދޭ ކަމަށެވެ. އެގޮތުން ވިޔަފާރީގެ ނަމާއި ޒިންމާވާ ފަރާތުގެ ފުރިހަމަ ނަމާއި މޮބައިލް ނަންބަރު އަދި މުދާ ފޯރުކޮށްދިނުމަށް ބޭނުންވާ ސަރަހައްދު އެނގޭގޮތަށް covid19_supplies@trade.gov.mv އަށް އީމެއިލް ކޮށްދިނުމަށް މިނިސްޓްރީ އިން އެދެއެވެ. ލޮކްޑައުން މުއްދަތުގައި 14 ދުވަހުގެ ލޮކްޑައުން އިއުލާނުކޮށްފައިވާއިރު 24 ގަޑިއިރު ޑެލިވަރީ ކުރުމުގެ ހިދުމަތް ދޭން ފިހާރަތަކަށް ވަނީ ހުއްދަ ދީފައެވެ. ޑެލިވަރީ ހިދުމަތްތަކަށް މިހާތަނަށް މާލޭ ސިޓީން 439 ފަރާތަކަަށް ހުއްދަ ދީފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) އިން މިއަދު ބުނެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ މާލެއިން 188 ލައިސެންސް، ހުޅުމާލެއިން 222 ލައިސެންސް އަދި ވިލިމާލެއިން 29 ލައިސަންސް އެވެ. ޑެރިވަރީ ހިދުމަތްތައް ބުރޫ އަރާފައިވާތީވެ، މިހާރު ބައެއް އާންމުން ދަނީ ފިހާރަތަކުގައި ކިއު ހަދާ ބޭނުންވާ ތަކެތި ގަންނަމުންނެވެ. އެ ފިހާރަތަކަށް މީހުން ވަންނަމުންދަނީ، ފަހަރަކު ވަކި އަދަދަކަށެވެ. ޑެލިވަރީގެ ހިދުމަތުގައި މަސައްކަތްކުރާނެ ވޮލަންޓިއަރުން ހޯދުމަށް ޔޫތު އެންޑް ކޮމިޔުނިޓީ އެމްޕަވާމެންޓް މިނިސްޓްރީ އިންވެސް އިއުލާނުކޮށްފައިވާއިރު އެސްޓީއޯގެ ޑެލިވަރީތަކުގައި އެމްއެންޑީއެފް އިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މާލޭގައި ބަލީގެ ކޮމިޔުނިޓީ ސްޕްރެޑެއް އުޅޭކަމަށް ނިންމާފައިވާއިރު މިހަތަނަށް މާލެއިން އަށް މީހަކަށް ބަލިޖެހިފައިވެއެވެ. ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 28 އަށް އަރައިފައެވެ.
ލޮކްޑައުންގައި ޑެލިވަރީކޮށްދޭން ބޭނުންވާ ފަރާތްތަކުން މައުލޫމާތު ހިއްސާކުރަން އެދެފި
މިދުވަސްވަރަކީ ވިއްސާރަ ދުވަސްވަރެއް ކަމުން މާލޭގައި މަދިރި އާލާވިޔަ ނުދިނުމަށްޓަކައި މާލެ ސިޓީ ކައުންސިލުން މާދަމާ މަސައްކަތްތަކެއް ފަށާނެކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ. މާލޭގައި ކޮރޯނާވައިރަސް ފެތުރޭތީ ދެ ހަފްތާއަށް ގްރޭޓާ މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާ އިރު، މި ދުވަސްވަރު ވިއްސާރަކުރާތީ އަރިދަފުސް ރޯގާއާއި އިންފްލުއެންޒާ ފަދަ ބަލިތައް އިތުރުވެދާނެކަމަށް ޑޮކްޓަރުން މިއަދު ވަނީ ވިދާޅުވެފައެވެ. މިރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު، ރައީސް އޮފީހުގެ އަންޑަސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގައި ވިއްސާރައިގެ ހާލަތެއް އައިސްފިއްޔާ ކަންކަން ކުރަނޖެހޭ އިންތިޒާމުތަކާ އެއްގޮތަށް މާލެ ސިޓީ ކައުންސިލުން މިއަދު ވަނީ މަސައްކަތްތަކެއް އެކްޓިވޭޓުކޮށްފައި ކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން، މާލޭގައި މަދިރި އާލާވެ ގިނަވެދާނެކަމަށް ބަލާފައި މާދަމާ މަސައްކަތްތަކެއް ފަށާނެކަމަށް މަބްރޫކް ވިދާޅުވިއެވެ. "މަދިރި އާލާވެ ގިނަވެދާނެކަމަށް ބަލާފައި ފިއުމިގޭޝަން މާދަމާ ފަށާނެކަމަށް [ސިޓީ ކައުންސިލުން] ވިދާޅުވޭ. އަދި މަދިރި އާލާވާނެ ފަދަ ތަންތަނަށް އަޅަންޖެހޭ ބޭސް އެޅުމުގެ މަސައްކަތްވެސް އިރާދަކުރެއވިއްޔާ މާދަމާ ފެށޭނެކަމަށް ދަންނަވާ،" އޭނާ ވިދާޅުވިއެވެ. އިތުރަށް ވިދާޅުވުމަށް މީގެ އިތުރުން ވިއްސާރަ ދުވަސްވަރު މާލޭގެ މަގުތަކުގައި ފެން ހެދޭނެކަމަށް ބަލައި، އެކަން އެގޮތަށް ނުވާނެ ގޮތަށް ހެދުމަށްޓަކައި އިތުރު އުޅަނދު ނެރެގެން ފެން ޕަމްޕްކުރުމުގެ މަސައްކަތް ކުރުމަށް މާލެ ވޯޓާ އެންޑް ސުވަޜޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އާ ގުޅިގެން މަސައްކަތްކުރަން ސިޓީ ކައުންސިލުން މަޝްވަރާކުރަމުން ދާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. މި މަހު ރާއްޖެއަށް ހުޅަނގު މޫސުން ފަށައި، ވިއްސާރަކުރަން ފަށާފައިވާ އިރު މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ވަނީ މޫސުން ގޯސްވެދާނެކަމަށް ބަލައި ރާއްޖޭގެ ދެ ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފައެވެ. މިއަދު މެންދުރު އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ޑޮކްޓަރު ޑރ. މޫސާ ހުސައިން ވިދާޅުވީ މި ދުވަސްވަރު އިންފްލުއެންޒާ އަދި އަރިދަފުސް ރޯގާ ފެތުރުމުގެ ފުރުސަތު ބޮޑު އިރު، އެ ބަލިތަކުގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކެއްސުމާއި ރޯގާޖެހި މޭގައި އަރިދަފުސް ހިފުމާއި އަދި ނޭވާ ކުރުވުމާއި ނޭވާލާން އުނދަގޫވުން ފަދަ ކަންކަމަކީ ކޮވިޑް19ގެ ވެސް އަލާމާތްތައް ކަމަށެވެ. އަދި އެފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް އެޗްޕީއޭއަށް ރިޕޯޓުކުރަން ޑޮކްޓަރު އެދިވަޑައިގަތެވެ.
މާދަމާ މާލޭގައި މަދިރި ދުން ޖަހަނީ
ކުރިއަށް އޮތް ހަފްތާގައިވެސް ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިދުމަތް ހޯމަ އަދި ބުދަ ދުވަހު ލިބޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ. އެ ދެ ދުވަހު ބްރާންޗުތަކުން ނަގުދު ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރާނެއެވެ. ކަސްޓަމަރުންނަށް (ހުއްދަ ލިބިފައިވާ ފަރާތްތަކަށް) ނަގުދު ފައިސާ ނެގުމާއި ޖަމާކުރުމަށް އޭޓީއެމްގެ ހިދުމަތް ލިބޭނެކަމަށް ބީއެމްއެލްއިން ބުންޏެވެ. އެގޮތުން ވިޔަފާރި އެކައުންޓަކަށް ދުވާލަކު 500،000 ރުފިޔާ ޖަމާކުރެވޭއިރު އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 100،000 ރުފިޔާ ޖަމާކުރެވޭނެއެވެ. ބޭންކް ހުޅުވާފައި ހުންނައިރު ހަަތަރު ހިދުމަތެއް ދޭ ގޮތަށް ވަނީ ނިންމައިފައެވެ. އެގޮތުން ރާއްޖެއިން ބޭރަށް ފައިސާާ ފޮނުވަން ބޭނުންވާ ފަރާތްތަކަށް ޓީޓީ އެޕްލިކޭޝަން ފޯމާއެކު ބޭނުންވާ އެހެނިހެން ލިޔުންތައް (ބިލް) އީމެއިލް InternationalTransfers@bml.com.mv މެދިވެރިކޮށް ފޮނުވޭނެކަމަށް ބީއެމްއެލްއިން ބުންޏެވެ. އަދި ބުނީ އިންޓަރނެޓް ބޭންކިން މެދުވެރިކޮށްވެސް ޓީޓީ ހިދުމަތަށް އެދި ހުށަހެޅޭނެ ކަމަށެވެ. ބީއެމްއެލްއިން ބުނީ ހެނދުނު 11.00 ގެ ކުރިން ލިބޭ ޓީޓީ/ލެޓަރ އޮފް ކްރެޑިޓް އެދުވަހު ޕްރޮސެސް ކުރާނެ ކަމަށެވެ. މުވައްޒަފުންގެ މުސާރަވެސް ޖަމާކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް ބީއެމްއެލްއިން ބުންޏެވެ. އެގޮތުން ޕޭ ރޯލްގެ ޚިދުމަތައް އެދި ހުށަހެޅުން އީމެއިލް މެދުވެރިކޮށް ބަލައިގަންނާނެކަމަށް ބީއެމްއެލްއިން ބުންޏެވެ. އެ ހިދުމަތައް އެދި ހުށަހެޅުމަށް ބޭނުންވާ ލިޔުންތަކުގެ ތަފްސީލް ބޭންކުގެ ވެބްސައިޓް https://www.bankofmaldives.com.mv/business/banking-services/payroll-service މެދުވެރިކޮށް ލިބެއެވެ. ބީއެމްއެލްއިން ބުނީ އެ ބޭންކްގެ އެކައުންޓަކަށް މުސާރަ ޖަމާކުރާނަމަ ހެނދުނު 11.00 ކުރިން ލިބޭ ހުށަހެޅުންތައް އެދުވަހު ޕްރޮސެސް ވާނެ ކަމަށާއި އެހެން ބޭންކެއްގެ އެކައުންޓަކަށް މުސާރަ ޖަމާކުރާނަމަ އެދުވަހު ޕްރޮސެސްކުރެވޭނީ 10.00 ގެ ކުރިން ލިބޭ ހުށަހެޅުންތަކަށް ކަމަށެވެ. ބީއެމްއެލްއިން ބުނީ އޭޓީއެމް މެދުރިކޮށް ޖަމާ ކުރާ ކްލިއަރިންގ ޗެކްތައް ޕްރޮސެސް ކުރާނީ ދެން ބޭންކް ހުޅުވޭ ދުވަހެއްގައި ކަަމަށާއި ހެނދުނު 11.30 ކުރިން ޖަމާ ކުރާ ބީއެމްއެލް ޗެކެއްނަމަ އެދުވަހު ޕްރޮސެސް ވާނެ ކަމަށެވެ. އަދި ބުނީ ހެނދުނު 10.00 ޖެހުމުގެ ކުރިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ލިބޭ އޭ.ސީ.އެޗް ޓްރާންސްފަރ ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެކަމަށެވެ. ބީއެމްއެލްއިން ބުނީ ހެނދުނު 11.30 ގެ ކުރިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ލިބޭ އާރް.ޓީ.ޖީ.އެސް ޓްރާންސްފަރ (100،000 ރުފިޔާއަށް ވުރެ މަތި) ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެކަމަށެވެ. އަދި ހެނދުނު 11.30 ގެ ކުރިން mirapayments@bml.com.mv އަށް އީމެއިލް މެދުވެރިކޮށް ލިބޭ އެމް.އާރް.ޓީ.ޖީ.އެސް ޓްރާންސްފަރ ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެކަމަށް އެ ބޭންކުން ބުންޏެވެ.
އަންނަ ހަފްތާވެސް ހޯމަ އަދި ބުދަ ދުވަހު ބީއެމްއެލްގެ ހިދުމަތް އޮންލައިންކޮށް ލިބޭނެ
ކުރިއަށް އޮތް ހަފްތާގައިވެސް ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިދުމަތް ހޯމަ އަދި ބުދަ ދުވަހު ލިބޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ. އެ ދެ ދުވަހު ބްރާންޗުތަކުން ނަގުދު ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރާނެއެވެ. ކަސްޓަމަރުންނަށް (ހުއްދަ ލިބިފައިވާ ފަރާތްތަކަށް) ނަގުދު ފައިސާ ނެގުމާއި ޖަމާކުރުމަށް އޭޓީއެމްގެ ހިދުމަތް ލިބޭނެކަމަށް ބީއެމްއެލްއިން ބުންޏެވެ. އެގޮތުން ވިޔަފާރި އެކައުންޓަކަށް ދުވާލަކު 500،000 ރުފިޔާ ޖަމާކުރެވޭއިރު އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 100،000 ރުފިޔާ ޖަމާކުރެވޭނެއެވެ. ބޭންކް ހުޅުވާފައި ހުންނައިރު ހަަތަރު ހިދުމަތެއް ދޭ ގޮތަށް ވަނީ ނިންމައިފައެވެ. އެގޮތުން ރާއްޖެއިން ބޭރަށް ފައިސާާ ފޮނުވަން ބޭނުންވާ ފަރާތްތަކަށް ޓީޓީ އެޕްލިކޭޝަން ފޯމާއެކު ބޭނުންވާ އެހެނިހެން ލިޔުންތައް (ބިލް) އީމެއިލް InternationalTransfers@bml.com.mv މެދިވެރިކޮށް ފޮނުވޭނެކަމަށް ބީއެމްއެލްއިން ބުންޏެވެ. އަދި ބުނީ އިންޓަރނެޓް ބޭންކިން މެދުވެރިކޮށްވެސް ޓީޓީ ހިދުމަތަށް އެދި ހުށަހެޅޭނެ ކަމަށެވެ. ބީއެމްއެލްއިން ބުނީ ހެނދުނު 11.00 ގެ ކުރިން ލިބޭ ޓީޓީ/ލެޓަރ އޮފް ކްރެޑިޓް އެދުވަހު ޕްރޮސެސް ކުރާނެ ކަމަށެވެ. މުވައްޒަފުންގެ މުސާރަވެސް ޖަމާކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް ބީއެމްއެލްއިން ބުންޏެވެ. އެގޮތުން ޕޭ ރޯލްގެ ޚިދުމަތައް އެދި ހުށަހެޅުން އީމެއިލް މެދުވެރިކޮށް ބަލައިގަންނާނެކަމަށް ބީއެމްއެލްއިން ބުންޏެވެ. އެ ހިދުމަތައް އެދި ހުށަހެޅުމަށް ބޭނުންވާ ލިޔުންތަކުގެ ތަފްސީލް ބޭންކުގެ ވެބްސައިޓް https://www.bankofmaldives.com.mv/business/banking-services/payroll-service މެދުވެރިކޮށް ލިބެއެވެ. ބީއެމްއެލްއިން ބުނީ އެ ބޭންކްގެ އެކައުންޓަކަށް މުސާރަ ޖަމާކުރާނަމަ ހެނދުނު 11.00 ކުރިން ލިބޭ ހުށަހެޅުންތައް އެދުވަހު ޕްރޮސެސް ވާނެ ކަމަށާއި އެހެން ބޭންކެއްގެ އެކައުންޓަކަށް މުސާރަ ޖަމާކުރާނަމަ އެދުވަހު ޕްރޮސެސްކުރެވޭނީ 10.00 ގެ ކުރިން ލިބޭ ހުށަހެޅުންތަކަށް ކަމަށެވެ. ބީއެމްއެލްއިން ބުނީ އޭޓީއެމް މެދުރިކޮށް ޖަމާ ކުރާ ކްލިއަރިންގ ޗެކްތައް ޕްރޮސެސް ކުރާނީ ދެން ބޭންކް ހުޅުވޭ ދުވަހެއްގައި ކަަމަށާއި ހެނދުނު 11.30 ކުރިން ޖަމާ ކުރާ ބީއެމްއެލް ޗެކެއްނަމަ އެދުވަހު ޕްރޮސެސް ވާނެ ކަމަށެވެ. އަދި ބުނީ ހެނދުނު 10.00 ޖެހުމުގެ ކުރިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ލިބޭ އޭ.ސީ.އެޗް ޓްރާންސްފަރ ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެކަމަށެވެ. ބީއެމްއެލްއިން ބުނީ ހެނދުނު 11.30 ގެ ކުރިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ލިބޭ އާރް.ޓީ.ޖީ.އެސް ޓްރާންސްފަރ (100،000 ރުފިޔާއަށް ވުރެ މަތި) ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެކަމަށެވެ. އަދި ހެނދުނު 11.30 ގެ ކުރިން mirapayments@bml.com.mv އަށް އީމެއިލް މެދުވެރިކޮށް ލިބޭ އެމް.އާރް.ޓީ.ޖީ.އެސް ޓްރާންސްފަރ ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެކަމަށް އެ ބޭންކުން ބުންޏެވެ.
އަންނަ ހަފްތާވެސް ހޯމަ އަދި ބުދަ ދުވަހު ބީއެމްއެލްގެ ހިދުމަތް އޮންލައިންކޮށް ލިބޭނެ
މިހާރު މާލެތެރެއަށް ފެތުރެމުން ދާ ކޮރޯނާވައިރަސް ހުއްޓުވުމަށް ކުރެވޭނެ އާ ކަމެއް ނެތް ކަމަށާއި އެކަމަށް "މެޖިކް ބުލެޓް" އެއް ނޯންނާނެ ކަމަށް އެޗްޕީއޭގެ ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ. މާލެއިން އެންމެ ފުރަތަމަ ކޮރޯނާވައިރަހުގެ ކޭސްއެއް ފެނުނީ، މިމަހު 15 ވަނަ ދުވަހު އެވެ. އެފަހުން މިއަދު މިހާތަނަށް 74 ކޭސްއެއް މާލެއިން ވަނީ ފެނިފަ އެވެ. އަދި ރާއްޖެއިން ފެނުނު ކޭސްތަކުގެ އަދަދު ވަނީ 108 އަށް އަރައިފަ އެވެ. ދަރުބާރުގޭގައި ގާއިމްކޮށްފައިވާ އެންއީއޯސީގައި ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުން ތަކުގެ ތެރެއިން މިރޭގެ ނޫސްކޮންފަރެންސްގައި ޑރ. ނަޒްލާ ވިދާޅުވީ، މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ މި ވައިރަހުން ސަލާމަތްވުމަށް ކުރެވެން އޮތް އެންމެ ބޮޑު ކަމަކީ، ވައިރަހުން ރައްކާތެރިވެތިބުން ކަމަށެވެ. "ކޭސް މަދުކުރަން ދެއާ އިޒް ނޯ މެޖިކް ބުލެޓް. ބަލި ކޮންޓްރޯލް ކުރުމަށް އިތުރަށް އަޅުގަނޑުމެން ކުރާނެ މޮޅުކަމެއް ނެތް. ކުރަން ޖެހޭ ހުރިހާ ކަމެއް އަޅުގަނޑުމެން މިދަނީ ކުރަމުން. އަދި އާންމު ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރަމުން މި އަންނަނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ. ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ސަން ފައިލް ފޮޓޯ/ އަހްމަދު ސައީދު އޭނާ ވިދާޅުވީ، ބަލި ހުއްޓުވުމަށް ކުރެވެން އޮތް ކަމަކީ، ވައިރަސް ޖެހިފައި ހުރި މީހަކު ހުރެއްޖެ ނަމަ، އެ މީހަކު އަވަހަށް ދެނެގަތުން ކަމަށެވެ. އަދި މިހާރު އޮތް ހާލަތަށް ބަލައި ވައިރަހުގެ އަލާމާތެއް ހުރި ނަމަ، އެކަން އަވަހަށް ފްލޫ ކްލިނިކަށް ރިޕޯޓު ކުރުން މުހިންމު ކަމަށް ޑރ. ވިދާޅުވި އެވެ. އޭގެ އިތުރުން އެހެން މީހުންވެސް އެކަމަށް ބާރުއެޅުމަށް ޑރ. ނަޒްލާ އިލްތިމާސްކުރެއްވި އެވެ. މިހާރު ފެނިފައި ހުރި ކޭސްތަކަށް ބަލާއިރު، ވައިރަހުގެ އަލާމާތްތައް ފެންނަފަހުން ވެސް ބައެއް މީހުން މަސައްކަތައް ނުުމެފައިވާކަން ފާހަގަ ކުރައްވަމުން ޑރ. ނަޒްލާ އިލްތިމާސްކުރެއްވީ، ކުޑަކޮށް ބަލީގެ އަލާމާތެއް ފެންނަ މީހެއް ނަމަވެސް މީހުންގެ ތެރެއަށް ނުނިކުތުމަށެވެ. "ކޮންޓެކްޓް ޓްރޭސިން އިން ފާހަގަވި އެންމެ މުހިންމު އެއް ކަމަކީ، ބަލީގެ އަލާމާމާތްތައް ހުންނަ އިރުވެސް ބައެއް ބޭފުޅުން މަސައްކަތައް ނުކުންވާކަން. އަސާސީ ހިދުމަތް ކުރުމަށް މަސައްކަތް ކުރައްވާ ބޭފުޅުން އެކަނި މިވަގުތު މަސައްކަތުގައި ތިއްބަވަން ވާނީ. އެބޭފުޅުން ހާއްސަކޮށް މިވަގުތު ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ، މަސައްކަތައް ނުކުމެގެން،" ޑރ. ނަޒްލާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ލޮކްޑައުންއާއެކު މާލޭގައި ބަލި ކޮންޓްރޯލް ކުރެވިފައިވާ މިންވަރު ޔަގީން ކުރެވޭނީ އެންމެ އަވަސްވެގެން ވެސް 14 ދުވަހަށް ފަހުގައި ކަމަށެވެ. ހުރިހާ ބޭފުޅުންވެސް ގެއިން ނުކުންނަވަން ވާނީ ކޮންމެހެންވެސް ޒަރޫރީ ބޭނުންތަކަށް ކަމަށް ކުރައްވާ އިލްތިމާސް އޭނާ މިރޭވެސް ތަކުރާރު ކުރެއްވި އެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް ގައިދުރުކަން އިސްކުރުމަށް ޑރ. އާންމުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ. ވައިރަހުން ސަލާމަތްވުމަށް އަޅާފައިވާ ފިޔަވަޅުތައް: ނުވަ ގައުމަކުން މީހުން އައުން މަނާކުރުން. އޮންއަރައިވަލް ވިސާ ދިނުން ހުއްޓާލުން. ސްކޫލް/ކޮލެޖް/ޔުނިވާސިޓީތައް ބަންދުކުރުން. ރެސްޓޯރެންޓް/ކެފޭ ބަންދުކުރުން. ފަތުރުވެރިން ފިޔަވާ ރާއްޖެއިން ބޭރުން އަންނަ ހުރިހާ އެންމެން ކަރަންޓިން ކުރުން ކަރަންޓިންގައި ތިބޭ މީހުން ޓެސްޓު ކުރުމަށްފަހު ނެގަޓިވްވުމުން ދޫކޮށްލުން މާލެ 14 ދުވަހުގެ ލޮކްޑައުންއަކަށް ދިޔުން. ރާއްޖޭގެ ހުރިހާ ރަށެށްގައި ޒަރޫރީ ބޭނުންތައްކަށް ފަޔަވާ އެއް ރަށުން އަނެއް ރަށަށް ދަތުރުކުން މަނާކުރުން. ރާއްޖެގެ ރަށްތަކުގައި ހުރިހާ ވައްތަރެއް އެއްވުންތައް މަނާކުރުން. ޖަމާއަތުގައި ނަމާދު ކުރުން މަނާކުރުން. މިހާތަނަށް ރާއްޖެއިން ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ، 44 ދިވެހިންނާއި، 64 ބިދޭސީންނެވެ. އޭގެ ތެރެއިން 13 ބިދޭސީންނާއި ތިން ދިވެއްސަކު ވަނީ ވައިރަހުން ރަނގަޅުވެފަ އެވެ.
ބަލި ކޮންޓްރޯލް ކުރަން "މެޖިކް ބުލެޓެއް" ނެތް: ޑރ. ނަޒްލާ
މިރޭ އިންޓަނެޓް ބޭނުންކުރުމުގައި ދަތިތަކާ ކުރިމަތިވެދާނެކަމަށް އުރީދޫއިން ބުނެފިއެވެ. އުރީދޫއިން މިރޭ ކުރި ޓުވީޓެއްގައި ބުނީ އިންޓަނޭޝަނަލް އައިއެސްޕީން މިރޭ ކޮންމެހެން ކުރަން ޖެހޭ މެއިންޓަނެންސް މަސައްކަތްކެއް ކުރިއަށް ގެންދާނެ ކަމަށެވެ. އެހެންކަމުން މިރޭ 11:30 އިން ފެށިގެން ފަތިހު ފަހަކަށް ބްރޯޑް ބޭންޑް އިންޓަނެޓްއާއި މޮބައިލް އިންޓަނެޓް ބޭނުންކުރުމުގައި ދަތިތަކާ ކުރިމަތިވެދާނެކަމަށް އުރީދޫއިން ބުންޏެވެ. " އިންޓަނޭޝަނަލް އައިއެސްޕީއާއެކު އަޅުގަނޑުމެންގެ އިންޖިނިއަރުން ދާނީ ކަސްޓަމަރުންނަށް ދިމާވާނެ އުނދަގޫތައް ވީހާވެސް ކުޑަކުރުމަށް. މި ދަނޑިވަޅު ދިމާވެދާނެ އުނދަގުލަކަށް ކަސްޓަމަރުންގެ ފަރާތުން ނިހާޔަތަށް މާފަށް އެދެން" އުރީދޫއިން ކުރި ޓުވީޓުގައި ވެއެެވެ. ރާއްޖޭގައި އެންމެ ފުޅާކޮށް އިންޓަނެޓްގެ ހިދުމަތް ދެމުންގެންދާ އުރީދޫއިން މިރޯދަ މަހާ ދިމާކޮށް ވަނީ ތަފާތު އެކި އޮފާތައް ހުޅުވާލައިފައެވެ. އޭގެ ތެރޭގައި ޑެއިލީ ޑޭޓާ ކޮމްބޯއާއި ފަންސާސް ޕަސެންޓް ޑޭޓާއާއި ނަދާމު އެލާޓްތައް ފަދަ އޮފާތައް ހިމެެނެއެވެ. ކޮރޯނާ އާއި ގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިކަމާއެކު، އުރީދޫ ކަސްޓަމަރުންގެ ބިލުތައް ދެއްކުމުގައި ލުއިތަކެއްވެސް މިހާރު ވަނީ ހަމަޖައްސައިދީފައެވެ.
މިރޭ އިންޓަނެޓް ބޭނުންކުރުމުގައި ދަތިތަކާ ކުރިމަތިވެދާނެ: އުރީދޫ
މިރޭ އިންޓަނެޓް ބޭނުންކުރުމުގައި ދަތިތަކާ ކުރިމަތިވެދާނެކަމަށް އުރީދޫއިން ބުނެފިއެވެ. އުރީދޫއިން މިރޭ ކުރި ޓުވީޓެއްގައި ބުނީ އިންޓަނޭޝަނަލް އައިއެސްޕީން މިރޭ ކޮންމެހެން ކުރަން ޖެހޭ މެއިންޓަނެންސް މަސައްކަތްކެއް ކުރިއަށް ގެންދާނެ ކަމަށެވެ. އެހެންކަމުން މިރޭ 11:30 އިން ފެށިގެން ފަތިހު ފަހަކަށް ބްރޯޑް ބޭންޑް އިންޓަނެޓްއާއި މޮބައިލް އިންޓަނެޓް ބޭނުންކުރުމުގައި ދަތިތަކާ ކުރިމަތިވެދާނެކަމަށް އުރީދޫއިން ބުންޏެވެ. " އިންޓަނޭޝަނަލް އައިއެސްޕީއާއެކު އަޅުގަނޑުމެންގެ އިންޖިނިއަރުން ދާނީ ކަސްޓަމަރުންނަށް ދިމާވާނެ އުނދަގޫތައް ވީހާވެސް ކުޑަކުރުމަށް. މި ދަނޑިވަޅު ދިމާވެދާނެ އުނދަގުލަކަށް ކަސްޓަމަރުންގެ ފަރާތުން ނިހާޔަތަށް މާފަށް އެދެން" އުރީދޫއިން ކުރި ޓުވީޓުގައި ވެއެެވެ. ރާއްޖޭގައި އެންމެ ފުޅާކޮށް އިންޓަނެޓްގެ ހިދުމަތް ދެމުންގެންދާ އުރީދޫއިން މިރޯދަ މަހާ ދިމާކޮށް ވަނީ ތަފާތު އެކި އޮފާތައް ހުޅުވާލައިފައެވެ. އޭގެ ތެރޭގައި ޑެއިލީ ޑޭޓާ ކޮމްބޯއާއި ފަންސާސް ޕަސެންޓް ޑޭޓާއާއި ނަދާމު އެލާޓްތައް ފަދަ އޮފާތައް ހިމެެނެއެވެ. ކޮރޯނާ އާއި ގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިކަމާއެކު، އުރީދޫ ކަސްޓަމަރުންގެ ބިލުތައް ދެއްކުމުގައި ލުއިތަކެއްވެސް މިހާރު ވަނީ ހަމަޖައްސައިދީފައެވެ.
މިރޭ އިންޓަނެޓް ބޭނުންކުރުމުގައި ދަތިތަކާ ކުރިމަތިވެދާނެ: އުރީދޫ
ކޮވިޑް-19ގެ ސަބަބުން މާލެ ލޮކްޑައުންކޮށްފައި އޮތަސް، ރާއްޖެއަށް މުދާ ހިފައިންގެން ކާގޯ ބޯޓުތައް އެބަ އަންނަ ކަމަށާއި، އެ މުދާތައް ދަތިކަމެއް ނެތި ދޫކުރަމުންދާނެ ކަމަށް އެމްޕީއެލްއާއި ކަސްޓަމްސްއިން ބުނެފިއެވެ. ނެޝަނަލްް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ހަވީރު ކަސްޓަމްސްއާއި އެމްޕީއެލް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވީ، މިހާރުވެސް ރާއްޖެއަށް މުދާ ހިފައިގެން ބޯޓުތަށް އަންނަމުންދާ ކަމަށެވެ. އެގޮތުން މި ހަފްތާގައި އަށް ބޯޓެއް ރާއްޖެ އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމްޕީއެލްއާ ގުޅިގެން ވީހާވެސް އަވަހަކަށް އެ މުދާ ކްލިއާކޮށްދިނުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. "އަޅުގަނޑުމެން ޔަގީންކަން މި ދެނީ އަޅުގަނޑުމެންނާއި އެމްޕީއެލްއާ މިކުރެވޭ މަސަައްކަތްތަކުގެ ތެރެއިން ހާއްސަކޮށް ކްލިއާކުރަން ޖެހޭ މުދާތައް ކްލިއާ ކުރެވިގެން މާލޭގައި މިހިރަ ފިހާރަތަކާ ކަންމަތީ ފިހަރަތަކަށާއި އެހެން، ޑިޕާޓްމަންޓް ސްޓޯރުތަކަށާއި އެ ފޯރުކޮށްދިނުމުގެ މަސައްކަތް އަޅުގަނޑުމެން މި ލޮކްޑައުން ދުވަސްވަރުގެ ތެރޭގައި މަސައްކަތް މިކުރަނީ. އެ މަސައްކަތް އިރާދަކުރެއްވިއްޔާ ދިވެހި ރައްޔިތުންނަށް ވަރަށް ކާމިޔާބުކަމާ އެކީގައި ކޮށްދޭނަން،" ޝަރީފް ވިދާޅުވިއެވެ. މާދަމާ ހެނދުނު 8:30އިން ފެށިގެން ހަވީރު 16:30އަށް މުދާ ކްލިއާ ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެއާޕޯޓުގައި ހެނދުނު 9:00އިން 16:30އަށް މަސައްކަތް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ. އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މާދަމާ މުދާ ދޫކުރާ އިރު އިސްކަން ދޭނީ ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތަކަށް ކަމަށެެވެ. އަދި މަސައްކަތް ކުރިއަށްދާނީ އެ ނޫންވެސް މުހިންމު ބާވަތްތަކަށް އިސްކަންދޭ އުސޫލަކުން ކަމަށް އޭނާ ވިދާޅުވިއެވެ. "އެއީ މިހާރު މި ލޮކްޑައުން ހާލަތުގައި އަޅުގަނޑުމެންނަށް އާންމު ހާލަތެއްގައި ދޫކުރާ އުސޫލުން އެ ވަގުތުތަކުގައި އެއްކޮށް އަޅުގަނޑުމެންނަށް މުދާ ދޫކުރުމުގެ ކަންތައް ކުރިއަކަށް ނުގެންދެވޭނެ. އެހެންވީމަ އަޅުގަނޑު މި ދަންނަވާހެން ކާބޯތަކެއްޗާއި ބޭހުުގެ ބާވަތްތަކާއި އެ ނޫންވެސް ޒަރޫރީ ބާވަތްތަކަށް އިސްކަންދީގެން ކްލިއަރެންސް ދޭ އުސޫލަކުން އަޅުގަނޑުމެން ކުރިއަށްދާނީ،" ޝާހިދު އަލީ ވިދާޅުވިއެވެ. މުދާ އެތެރެ ކުރާ ފަރާތްތަކާ އެކު ގާތުން މަސައްކަތްކޮށް، ކްލިއާ ކުރަން ހުރި ބާވަތްތައް އޮޅުން ފިލުވައިގެން މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޝާހިދުވެސް ވިދާޅުވީ، މިހާރުވެސް ރާއްޖެއަށް މުދަލާއެކު ބޯޓެއް އަންނަމުންދާ ކަމަށެވެ. އަދި އެ ތަކެތި ވީހާވެސް އަވަހަށް ކަންކަމަތީ ފިހާރަތަށާއި ތަންތަނަށް ފޯރުކޮށްދެވޭނެހެން ކަންކަން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. "މުދާ އެބަ އާދޭ ފުދޭވަރަކަށް، ސަޕްލައި ޗެއިންގެ ތެރެއިން. މިހާރުވެސް މި ދެންނެވިކަން ދެ ކޮންޓެއިނަރު ބޯޓު އެބަ އޮތް. އަދި އެއް ބޯޓު 24ގައި އެބަ ވަދޭ. ބަންގްލަދޭޝްގެ އެހީގެ ބޯޓެއް އެބަ ވަދޭގައި. ޕެރިޝަބަލްސްގެ ކާގޯގެ ދެ ބޯޓެއް ފުރާފައިވޭ އެކަތި މިހާރު ވަނީ ވަދެފައި،" ޝާހިދު ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް ފޯރުކޮށްދެވޭ ޔަގީންކަމަކީ އެކަށީގެންވާ ވަރަކަށް އެބަ އަންނަކަން ކާގޯ. އަޅުގަނޑުމެންގެ މަސައްކަތަކަށް މި ވަނީ އެ ތަކެތި ވީހާވެސް އަވަހަށް ފޯރުކޮށްދިނުން،" ޝާހިދު ވިދާޅުވިއެވެ. އާންމު ހާލަތުގައި މުދާ ދޫކުރާ އުސޫލުން ދޫނުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ބަނދަރުގައި ނުނެރެވި ލަސްވާ މުދަލަށް އަރާ ޑެމަރޭޖު ދައްކަން ނުޖޭހެނެކަން ފާހަގަކޮށް އޭނާ އެދިވަޑައިގަތީ އެކަމާ ހެދި އަވަސް އަރުވާލައިގެން ނުނެރެވި ހުރި މުދާ ނެރުމަށް މަސައްކަތް ނުކުރުމަށެވެ. ލޮކްޑައުން ނިމުމުންވެސް ކޮންމެހެން މުހިންމު ނޫން މުދާ ނެރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކާގޯ އެބަ އާދޭ، މުދާ ލިބުމުގައި ދައްޗެއް ނުވާނެ: އެމްޕީއެލް/ކަސްޓަމްސް
ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު، އެކްޓަރު ރަގޫ ރާމް އޭނާގެ ދަރިފުޅުގެ ފޮޓޯ ފުރަތަމަ ފަހަރަށް އާންމުކޮށްފި އެވެ. އިންސްޓަގްރާމްގައި ރަގޫ ހިއްސާކުރި ޕޯސްޓުގައި އޭނާ އާއި އޭނާގެ ދަރިފުޅުގެ ފޮޓޯ ވަނީ ދައްކާލައިފަ އެވެ. ރަގޫގެ އަންހެނުން ނަތާލީ ޑި ލޫސިއޯ ވިހެއީ މިދިޔަ ޖަނަވަރީ މަހުގެ ހަވަނަ ދުވަހު އެވެ. ނަތާލީ ފިރިހެން ކުއްޖެއް ވިހޭއިރު އެ ދަރިފުޅަށް ކީ ނަމަކީ ރިދަމް އެވެ. ރަގޫ ހިއްސާކުރި ފޮޓޯއަށް ގިނަ ލައިކްސް ލިބެމުން އަންނައިރު ގިނަ މީހުން އެ ފޮޓޯއަށް ކޮމެންޓްކުރަނީ ރިދަމް ވައްތަރީ ރަގޫ އާ ކިޔާފަ އެވެ. ދެހާސް އަށާރަ ވަނަ އަހަރުގެ ޑިސެމްބަރު މަހު ދެތަރިން ވަނީ ކައިވެނިކޮށްފަ އެވެ. ރަގޫ އާއި ނަތާލީ އެންގޭޖުވެފައި ވަނީ ދެމީހުން އެއްކޮށް ހަތަރު މަހަށް ވުރެ ގިނަ ދުވަސްވަންދެން އުޅެފައެވެ. ރަގޫގެ އަންހެނުން ނަތާލީ އަކީ ކެނެޑާއަށް ނިސްބަތްވާ ލަވަކިޔުންތެރިއެކެވެ. މި ދަރިފުޅަކީ އެދެމަފިރިންގެ އަލަތު ދަރިފުޅެވެ. ރަގޫ އަކީ ކުރިން އެމްޓީވީގެ ސުޕަވައިޒިން ޕްރޮޑިއުސަރެވެ. ގިނަ ފިލްމުތަކެއް ޕްރޮޑިއުސްކޮށްފައިވާ ރަގޫ އަކީ ކާމިޔާބު ފިލްމުތަކެއް އާންމުންނާ ހަމައަށް ގެނެސްދީފައިވާ ފަންނާނެކެވެ. އޭގެ ތެރޭގައި "ކްރޭޒީ ސްޓާ" އަދި "ލަވް ޔޫ ސޯނިޔޭ" ހިމެނެ އެވެ. ގިނަ ބަޔަކު ރަގޫ ސިފަކުރަނީ ވަރަށް ޒީލަގަދަ ރުޅިގަދަ މީހެއްގެ ގޮތުގަ އެވެ.
އެކްޓަރު ރަގޫގެ ދަރިފުޅުގެ ފޮޓޯއެއް ފުރަތަމަ ފަހަރަށް އާންމުކޮށްފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ހުޅުމާލޭގައި އަޅަން އެޗުޑީސީއާ ހަވާލުކުރި ރާއްޖޭގެ ފުރަތަމަ ފުޓުބޯޅަ ސުކޫލުގެ އިމާރާތް ވަގުތީ ހިޔާއަކަށް ބަދަލުކޮށް ބޭނުން ކުރަން ފަށައިފި އެވެ. މިއަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ކުރިން ލަފާކޮށްފައިވާ މި ސްކޫލްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ސްޕޯޓްސް އެންޑް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އިއްޔެ ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، މި ވަގުތު އެތަން ބޭނުން ކުރާނީ ވަގުތީ ހިޔާއެއްގެ ގޮތުގައި ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. "ހުޅުމާލެ ފުޓުބޯޅަ ސްކޫލުގެ 24 ރޫމުގެ މަސައްކަތް މިރޭ ވަނީ ނިމިފައި. މުހިއްމު އެކި ކަންކަމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތައް މިހާރު ވަނީ އެތަން ބޭނުން ކުރަން ފަށާފައި،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ. އޭނާ އިތުރަށް ވިދާޅުވީ މި މަސައްކަތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އަދި ނައިބު ރައީސް ފައިސަލް ނަސީމްގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތެއް ކަމަށެވެ. އަދި މި މަސައްކަތުގައި ޖެންޑާ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބިގެންދިޔަ ކަން މަހްލޫފް ވަނީ ފާހަގަ ކުރައްވާފަ އެވެ. ރާއްޖޭގައި މުޅިން އަލަށް ބިނާކުރާ ފުޓުބޯޅަ ސުކޫލުގައި 100 އަށް ވުރެ ގިނަ ކުދިންގެ ޖާގަ އެކުލެވޭ އިރު އެ ސުކޫލާ އެކު ޓާފް ދަނޑަކާއި ކުޅުންތެރިން ދިރުއުޅެވޭނެ ބުލޮކުތަކެއް އަދި ރަނގަޅު ފެންވަރުގެ ޖިމެއްގެ އިތުރުން މިސްކިތެއްވެސް ހުންނާނެ އެވެ. އަދި މި ސުކޫލުގައި ފުޓުބޯޅައިގެ އިތުރުން އެހެން ކުޅިވަރުތަކަށް ވެސް ތަމްރީނު ހެދޭނެ ފަދަ ވަސީލަތްތައް އެކުލެވޭނެކަމަށް އެޗްޑީސީން ވަނީ މީގެ ކުރިން ބުނެފަ އެވެ. މި އިމާރާތް އެޅުމަށް ހުޅުމާލެއިން 230،000 އަކަފޫޓުގެ ބިމެއް ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ.
ހުޅުމާލޭގެ ފުޓުބޯޅަ ސްކޫލްގެ މަސައްކަތް ނިންމާ ވަގުތީ ހިޔާއަކަށް
ކޮރޯނާ އާއި ގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިކަމާއެކު، އުރީދޫ ކަސްޓަމަރުންގެ ބިލުތައް ދެއްކުމުގައި ލުއިތަކެއް ހަމަޖައްސައިދީފިއެވެ. އުރީދޫ އިން ބުނީ އެ ކުންފުނީގެ ކަސްޓަމަރުން ބިލަށް ފައިސާ ދެއްކުމުގައި ދައްޗެއް އޮތްނަމަ، ފައިސާ ދެއްކުމުގެ މުއްދަތު ބިލް ތައްޔާރުކުރާ ދުވަހުންފެށިގެން ދެމަސް ދުވަހަށް އިތުރުކޮށްދިނުމަށް އެދެވޭނެ ކަމަށެވެ. އުރީދޫގެ ކޮންމެ ކަސްޓަމަރަކަށްވެސް ބިލުގެ މުއްދަތު ދެ މަހަށް އިތުރުކުރުމަށް އެދެވޭނެ ކަމަށް އުރީދޫ އިން ބުންޏެވެ. މީގެ އިތުރުން މި ދަނޑިވަޅުގައި މާލީ ދަތިކަން ކުރިމަތިވެފައިވާ ކަސްޓަމަރުންނަށް، ބިލަށް ފައިސާ ދެއްކުމުގެ ޕްލޭންތަކާއި އިތުރު ލުއިތަކަށް އެދުމުުންގެ ފުރުސަތުވެސް އޮންނާނެ ކަމަށް އުރީދޫ އިން ބުންޏެވެ. އުރީދޫ އިން ބުނީ ކޮވިޑް 19 އާއި ގުޅިގެން ދިމާވި ކަންކަމުގައި ވަޒީފާ ގެއްލުނުކަމަށް ރެޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް، އެކަމަށް ހައްލެއް ނުލިބެނީސް ނުވަތަ އެ ފަރާތްތަކަށް ފައިސާގެ އެހީތެރިކަން ލިބޭނެ އިތުރު ގޮތެއް ފަހިނުވާކަމުގައި ވާނަމަ، އުރީދޫ ބިލްތަށް ދައްކާފައި ނުވިކަމުގައިވިއަސް ޖޫން 2020 ގެ ނިޔަލަށް އެފަދަ ކަސްޓަމަރުންގެ ހިދުމަތް ކަނޑާނުލާނެ ކަމަށެވެ. މާލީ ދަތިތަކާއި ކުރިމަތިލާންޖެހިފައިވާ ކަސްޓަމަރުން ފައިސާ ދެއްކުމުގެ މުއްދަތު އިތުރުކުރުމަށް http://ore.do/billsupport މެދުވެރިކޮށް ރިކުއެސްޓު ކުރެވޭނެއެވެ. ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމާއި ކޯޕަރޭޓް ދާއިރާއަށް ލިބުނު ގެއްލުމާއި ގުޅިގެން، ޓެލެކޮމިއުނިކޭޝަން ހިމެނޭގޮތަށް، ވަރަށް ގިނަ ދާއިރާތަކަށް އަސަރުކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްވެސް ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވީ މި ދަނޑިވަޅުގައި، ކަސްޓަމަރުންނާއި އެމަރޖެންސީ ރެސްޕޮންސް ޓީމްތަކަށް އުރީދޫ އިން ފޯރުކޮށްދޭ އެހީތެރިކަން ސަރުކާރުން ފާގަކުރާ ކަމަށެވެ. " މި ނާޒުކު ދަނޑިވަޅުގައި، އެންމެހާ ފަރާތްތަކަށްވެސް ރަނގަޅު ފެންވަރުގެ ހިދުމަތްތަކެއް ފޯރުކޮށްދެވޭކަން ޔަގީންކުރުމަށްޓަކައި، ސަރުކާރުން ހިދުމަތްދޭ ފަރާތްތަކާއި ގުޅިގެން ވަރަށް ގާތުން މިދަނީ މަސައްކަތްކުރަމުން. ޑިޖިޓަލް ހިދުމަތްތަކުގެ ބޭނުން އިހުނަށްވުރެ މުހިންމު ވެފައިވާ މި ދުވަސްވަރު، ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދެވޭކަން ޔަގީންކުރުމަށްޓަކައި އުރީދޫ މޯލްޑިވްސްއިން މުހިންމު ފިޔަވަޅެއް ނެންގެވީތީ، އެ ކުންފުންޏަށް ޝުކުރު އަދާކުރަން. ޔަގީނުންވެސް މާލީ ދަތިކަން ކުރިމަތިވެފައިވާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް މިކަމާއި އެކު ލިބިގެންދާނެ،" މިނސްޓަރު ވިދާޅުވިއެވެ. އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ ކޮވިޑް 19 ގެ ސަބަބުން، މީގެ ކުރިން ކުރިމަތިލާން ޖެހިފައިނުވާ ގޮންޖެހުންތަކާ ދުނިޔެ ކުރިމަތިލަމުންދާ ކަމަށެވެ. "ކުންފުންޏަށް ދިމާވެފައިވާ އުނދަގޫތަކުން އަރައިގަތުމަށް މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި، އަޅުގަނޑުމެން އެންމެ އިސްކަމެއް ދޭ ކަމަކީ ކަސްޓަމަރުން ބޭނުންވާ ކަންކަން ފުރިހަމަކޮށްދީ، އެހީތެރިކަން ފޯރުކޮށްދިނުން. ސަލާމަތާ ރައްކާތެރިކަމަށްޓަކައި އެކަހެރިވެ އުޅެންޖެހިފައިވާ މި އައު ދިރިއުޅުމުގައި، އެކަކު އަނެކަކާއި އޮންނަ ގުޅުން ބަދަހިކޮށް، މުހިންމު މައުލޫމާތާއި ހަބަރުތަކަށް ވާސިލްވުމުގައި ޓެލެކޮމިއުނިކޭޝަންގެ މުހިއްމު ދައުރެއް އޮތްކަން ގަބޫލުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެންވަރު ރަނގަޅު އަދި ފަސޭހަކަމާއިއެކު ލިބިގަނެވޭނެ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެންގެ ޓީމުން ދަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން. "ސީއީއޯ ނަޖީބް ހާން ވިދާޅުވިއެވެ. ކޯވިޑް-19 ޕެންޑެމިކްއާއި ގުޅިގެން މުޖުތަމައުއަށް ދިމާވަމުންދާ ދަތިތަކާއި މައްސަލަތަކަށް ލުއިފަސޭހަ ގޮތްތަށް ހޯދައިދިނުމަށް އުރީދޫ އިން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކަސްޓަމަރުންނަށް ހާޚާއްސަ އޮފާތަކާއި، އިމެޖެންސީ ރެސްޕޯންސް ޓީމްތަކަށް ހިލޭ ކަނެކްޝަން ހިދުމަތާއި އަވަސް އެހީ އަށް ބޭނުންވެފައިވާ ފަރާތްތަކަށް ލުޔެއް ހޯދައިދިނުމަށް އެކި އެކި ދާއިރާތަކުގެ ޕާޓްނަރުންނާއި ގުޅިގެން ތަފާތު މަސައްކަތްތަކެއްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.
އުރީދޫގެ ކަސްޓަމަރުންނަށް ބިލުދެއްކުމުގައި ލުއިތަކެއް
ބޮލީވުޑް އެކްޓަރު ސަލްމާން ޚާން އަމިއްލަ ޔޫޓިއުބް ޗެނަލެއްގެ މަސައްކަތްކޮށް އެ ޗެނަލު ލޯންޗްކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޚަބަރުތައް ބުނެފިއެވެ. ޚަބަރުތައް ބުނާގޮތުގައި ސަލްމާން އުފައްދާ ޔޫޓިއުބް ޗެނަލްގެ ނަމަކީ "ބިއިންގް ސަލްމާން ޚާން"އެވެ. މި ޗެނަލުގައި އޭނާގެ އަމިއްލަ ޕާސަނަލް ވާހަކަތައް ވެސް ހިއްސާކުރުމަށް ހަމަޖެހިފައިވާކަމަށް ޚަބަރުތައް ބުނެއެވެ. ޔޫޓިއުބް އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ސަލްމާން އާއި އޭނާގެ ފޭނުންނާ ގާތް ގުޅުމެއް އުފެއްދުން ކަމަށާއި އެ ޗެނަލުގެ ސަބަބުން ގުޅުން ބަދަހިވެގެންދާނެ ކަމަށް ވެސް ޚަބަރުތައް ބުނެއެވެ. ސަލްމާން މިހާރުވެސް ދަނީ ކޮވިޑް19 އާ ގުޅޭ ގޮތުން މީހުން ހޭލުންތެރިކުރުވާ އެކި މައުލޫމާތުތައް އާންމުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. އޭނާ ޔޫޓިއުބް ޗެނަލެއް އުފައްދަން ނިންމިއިރު ބޮލީވުޑްގެ ގިނަ ތަރިންނެއް އެމީހުންގެ އަމިއްލަ ޔޫޓިއުބް ޗެނަލް ހިންގައެވެ. އޭގެ ތެރޭގައި ކާތިކް އާރްޔަން، ދިޝާ ޕާޓްނީ އަދި ވަރުން ދަވަން ފަދަ ތަރިންވެސް ހިމެނެއެވެ.
ސަލްމާން ވެސް ޔޫޓިއުބް ޗެނަލެއް އުފައްދަނީ
ކޮވިޑް19 އާ ގުޅިގެން މާލެ ސިޓީ ލޮކްޑައުންކޮށްފައިވާ މި ހާލަތުގައި ބޭރަށް ނިކުތުމުގެ ހުއްދަ އާއި ނުލައި ބޭރުގައި އުޅުނު 105 މީހަކު ޖޫރިމަނާކޮށްފި އެވެ. ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ މަގުމަތީގައި ހުއްދަ ނެތިއުޅުނު 21 މީހަކު މިއަދު ހައްޔަރު ކުރި ކަމަށާޢި 105 މީހަކު ޖޫރިމަނާ ކުރި ކަމަށެވެ. ފުލުހުން މަގުމަތީގައި އުޅޭ މީހުން ޖޫރިމަނާ ކުރަމުންދަނީ، 1،000 ރުފިޔާއިންނެވެ. ނަވީން ވިދާޅުވީ ޑެލިވަރީގެ ހިދުމަތްދޭ ތަންތަނަށް މިހާތަނަށް 4260 ސްޓިކާ ދޫކޮށްފައިވާ ކަމަށާއި މިއަދު އެކަނިވެސް 161 ހުއްދަ ދޫކުރި ކަމަށެވެ. ލޮކްޑައުންގެ ހާލަތުގައި ފިހާރަތަކާޢި ރެސްޓޯރެންޓުތަކުން ޑެލިވަރީގެ ހިދުމަތްދޭއިރު ޑެލިވަރީ ވެހިކަލްގައި ފުލުހުންދޭ ސްޓިކާއެއް ހަރުކުރަން ޖެހެއެވެ. އަދި މި ހާލަތުގައި ބޭރަށް ނިކުމެވޭނީ ފުލުހުންދޭ ހުއްދަ އެއް ލިބިގެން، ހުއްދަ ލިބޭ ސަރަހައްދުތަކަށެވެ. އެގޮތުން ވިޔަފާރިކުރުމަށާއި އޭޓީއެމްއަށް ދިޔުމަށް އަދި އެނޫންވެސް ޒަރޫރީ ބޭނުންތަކަށް ހުއްދަ އަށް އެދުމުން ފުލުހުން ދަނީ ހުއްދައަށް އެދޭ ކަމަކަށް ރިއާޔަތްކޮށް ހުއްދަ ދެމުންނެވެ. ނަވީން ވިދާޅުވީ އެވްރެޖުކޮށް ދުވާލަކު 7000 މީހުން ހުއްދަ އަށް އެދޭ ކަމަށެވެ. ނަވީން ވިދާޅުވީ، ފުލުހުން ދޫކުރާ ހުއްދަ ނާޖާއިޒު ގޮތުގައި ބޭނުން ކުރާ ކަމަށާއި އެފަދަ މީހުންގެ ހުއްދަ ބާތިލުކުރާނެ ކަމަށެވެ. ލޮކްޑައުންގެ މާނަ އަކީ ގޭގައި ތިބުން ކަމަށާއި މިހާލަތުގައި މަގުމަތީ އުޅެ، ގޭގެއަށް ޒިޔާރަތްކުރާނަމަ ޑޮކްޓަރުން ކިޔައިދޭ ނަންބަރުތައް އިތުރުވާތަން ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖެއިން މިހާތަނަށް 108 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
ލޮކްޑައުންއާ ހިލާފުވި 105 މީހަކު ޖޫރިމަނާކޮށްފި
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު "ކޮމްޕްރޮމައިޒް" ކޮށްގެން ސަރުކާރުގެ ހިސާރުކުރުމަށް ޖާގަ ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ރައީސް ނަޝިދު ސީޕީ ހަމީދުގެ ދިފާއުގައި މިގޮތަށް ނިކުނެންވީ، ކޮމިޝަނަރު ހަމީދު ކުލަބެއްގެ ތެރޭގައި ޕާޓީ ކުރައްވާތަން ފެންނަ ކަމަށް ބުނާ ވީޑިއޯއެއް ޝޯޝަލް މީޑިއާގައި އާންމުވެ ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސީޕީ ހަމީދަކީ އިހްލާސްތެރި ބޭފުޅެއް ކަމަށެވެ. އަދި ވައްކަމާއި ކޮރަޕްޝަން ހިންގާފައިވާ ފަރާތްތަކާއި ހައްދުފަހަނަ އެޅި ފިކުރުގެ މީހުން އަޑީގައި ތިބެގެން ސީޕީ ކުރައްވާ މަސައްކަތުގެ މިސްރާބު ބަދަލުކޮށްލުމަށް ފުރުސަތު ދެވެން ނޯންނާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. "ސީޕީ ހަމީދު ކޮމްޕްރޮމައިޒް ކޮށްގެން، ފުލުހުންގެ މަސައްކަތުގެ މިސްރާބު ބަދަލުކޮށް، ވައްކަމާއި ކޮރަޕްޝަނާއި، ހައްދުފަހަނައެޅި މީހުން ރެކި ތިބެ، ސަރުކާރު ހިސާރުކުރަން ޖާގައެއް ނުދެވޭނެ،" ސަރުކާރުން ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީގެ ރައީސްކަންވެސް ކުރައްމުން ގެންދަވާ ނަޝީދު ވިދާޅުވި އެވެ. ސީޕީގެ ދިފާއުގައި ނަޝީދު ވާހަކަފުޅު ދެއްކެވި އިރު، މިއަހަރުގެ ކުރީކޮޅު ހުޅުމާލޭގައި ޓުއަރިސްޓުންތަކަކަށް ވަޅިން ހަމަލާދިން ކަމަށް ތުހުމަތުވާ ހައްދު ފަހަނައެޅި ފިކުރުމުގެ ބައެއްގެ މައްޗަށް ދައުވާ ނުކުރެވި އެ މީހުން ދޫވެފައި ތިބި މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.
ސީޕީ ކޮމްޕްރޮމައިޒްކޮށް ސަރުކާރު ހިސާރުކުރަން ޖާގައެއް ނުދޭނަން: މަޖިލިސް ރައީސް
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު "ކޮމްޕްރޮމައިޒް" ކޮށްގެން ސަރުކާރުގެ ހިސާރުކުރުމަށް ޖާގަ ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ރައީސް ނަޝިދު ސީޕީ ހަމީދުގެ ދިފާއުގައި މިގޮތަށް ނިކުނެންވީ، ކޮމިޝަނަރު ހަމީދު ކުލަބެއްގެ ތެރޭގައި ޕާޓީ ކުރައްވާތަން ފެންނަ ކަމަށް ބުނާ ވީޑިއޯއެއް ޝޯޝަލް މީޑިއާގައި އާންމުވެ ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސީޕީ ހަމީދަކީ އިހްލާސްތެރި ބޭފުޅެއް ކަމަށެވެ. އަދި ވައްކަމާއި ކޮރަޕްޝަން ހިންގާފައިވާ ފަރާތްތަކާއި ހައްދުފަހަނަ އެޅި ފިކުރުގެ މީހުން އަޑީގައި ތިބެގެން ސީޕީ ކުރައްވާ މަސައްކަތުގެ މިސްރާބު ބަދަލުކޮށްލުމަށް ފުރުސަތު ދެވެން ނޯންނާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. "ސީޕީ ހަމީދު ކޮމްޕްރޮމައިޒް ކޮށްގެން، ފުލުހުންގެ މަސައްކަތުގެ މިސްރާބު ބަދަލުކޮށް، ވައްކަމާއި ކޮރަޕްޝަނާއި، ހައްދުފަހަނައެޅި މީހުން ރެކި ތިބެ، ސަރުކާރު ހިސާރުކުރަން ޖާގައެއް ނުދެވޭނެ،" ސަރުކާރުން ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީގެ ރައީސްކަންވެސް ކުރައްމުން ގެންދަވާ ނަޝީދު ވިދާޅުވި އެވެ. ސީޕީގެ ދިފާއުގައި ނަޝީދު ވާހަކަފުޅު ދެއްކެވި އިރު، މިއަހަރުގެ ކުރީކޮޅު ހުޅުމާލޭގައި ޓުއަރިސްޓުންތަކަކަށް ވަޅިން ހަމަލާދިން ކަމަށް ތުހުމަތުވާ ހައްދު ފަހަނައެޅި ފިކުރުމުގެ ބައެއްގެ މައްޗަށް ދައުވާ ނުކުރެވި އެ މީހުން ދޫވެފައި ތިބި މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.
ސީޕީ ކޮމްޕްރޮމައިޒްކޮށް ސަރުކާރު ހިސާރުކުރަން ޖާގައެއް ނުދޭނަން: މަޖިލިސް ރައީސް
ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސަލްމާން ޚާން އޭނާގެ އަމިއްލަ ޔޫޓިއުބް ޗެނަލް ލޯންޗްކޮށްފި އެވެ. "ބިއިންގް ސަލްމާން ޚާން"ގެ ނަމުގައި ލޯންޗްކުރި އެ ޗެނަލް ސަލްމާން ލޯންޗްކުރީ ކޮރޯނާ އާއި ގުޅުވައިގެން ގެނެސްދިން ލަވަ "ޕިޔާރު ކަރޯނާ"އެވެ. އެ ލަވައަކީ ސަލްމާންގެ އަމިއްލަ އަޑުން ކިޔާފައިވާ ލަވައެކެވެ. ސާޖިދު-ވާޖިދު ލަވައިގެ މިއުޒިކް ތައްޔާރުކުރި އިރު އެ ލަވައިގެ ޅެން ހެދީ ހުސައިން ދަލާލް އާއި ސަލްމާން އެވެ. މި ޗެނަލުގައި އޭނާގެ އަމިއްލަ ޕާސަނަލް ވާހަކަތައް ވެސް ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. ޔޫޓިއުބް އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ސަލްމާން އާއި އޭނާގެ ފޭނުންނާ ގާތް ގުޅުމެއް އުފެއްދުން ކަމަށާއި އެ ޗެނަލުގެ ސަބަބުން ގުޅުން ބަދަހިވެގެންދާނެ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. ކާމިޔާބު ބަތަލު ސަލްމާންގެ ޔޫޓިއުބް ޗެނަލް ލޯންޗްކުރިއިރު ބޮލީވުޑްގެ ގިނަ ތަރިންނެއް އެމީހުންގެ އަމިއްލަ ޔޫޓިއުބް ޗެނަލް ހިންގަ އެވެ. އޭގެ ތެރޭގައި ކާތިކް އާރްޔަން، ދިޝާ ޕާޓްނީ އަދި ވަރުން ދަވަން ފަދަ ތަރިން ވެސް ހިމެނެ އެވެ.
ސަލްމާންގެ ޔޫޓިއުބް ޗެނަލް ލޯންޗްކޮށްފި
މި ދުވަސްވަރު އިންފްލުއެންޒާ އިތުރުވުން އެކަށީގެންވާ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެސިސްޓަންސް ގްރޫޕުގެ މެމްބަރު ޑރ. މޫސާ ހުސެއިން ވިދާޅުވެއްޖެ އެވެ. މިއަދދު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މޫސާ ހުސެއިން ވިދާޅުވީ، މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރެއް ކަމުން މި ދުވަސްވަރު އިންފްލުއެންޒާއާއި އަރިދަފުސް ރޯގާ އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. "މިއީ ވިއްސާރަ ދުވަސްވަރު ވީމަ ކޮވިޑްގެ އިތުރަށް ބައެއް ރެސްޕިރޭޓަރީ ރޯގާތައްވެސް އެބަ އާދޭ. އިންފްލުއެންޒާވެސް ފުދޭވަރަކަށް. އެހެންވީމަ ކޮވިޑްގެ އިތުރަށް އަރިދަފުސް ރޯގާއާއި އިންފްލުއެންޒާވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެއް،" ޑރ. މޫސާ ހުސެއިން ވިދާޅުވިއެވެ. ރޯގާ ޖެހިގެން މޭގައި އަރިދަފުސް ހިފުން، ނޭވާލާން އުނދަގޫވުން، ނޭވާ ކުރުވުން އަދި ކެއްސުން ފަދަ ކަންކަން ދިމާވުމަކީ ކޮވިޑްގެ-19ގެ އަލާމާތްތައްކަން ޑރ. މޫސާ ފާހަގަކުރެއްވިއެވެ. އެފަދަ އަލާމާތްތައް ފެންނަ ނަމަ އެޗްޕީއޭގެ ހެލްޕްލައިންއަށް ގުޅައިގެން ރިޕޯޓު ކުރުމަށް އޭނާ އެދިވަޑައިގަތެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ވިއްސާރަ ދުވަސްވަރަށް ތައްޔާރުވުމުގެ ގޮތުން ހުރިހާ ސަރަހައްދުތަކަށް ތަންތަން ޑިސްއިންފެކްޓު ކުރުމަށް ބޭނުންކުރާ ކްލޮރިން ފޮނުވާފައިވާ ކަމަށެވެ. މިހާރުން މިހާރަށް ކްލޮރިން ކުރާ ހާލަތަށް ނުދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް، ބޭނުން ކުރަން ޖެހިއްޖެ ހާލަތަކަށް ބޭނުންވާ ވަރަށް ސްޓޮކް ހުންނާނެ ކަމަށް ވިދާޅުވިއެވެ. "އަދި އެސްޓޭޖަކަށް ގޮސްފައި ނުވާތީ މިހާރުން މިހާރަށް ކްލޮރިން ކުރުމުގެ މަސައްކަތެއް ނެތް ފެށިފައެއް. ބޭނުންވާ ވަރަށް ކްލޮރިންގެ ސްޓޮކް ހުންނާނެ،" ޑރ. އަފްޒަލް ވިދާޅުވިއެވެ. ރާއްޖޭގެ ބައެއް ހިސާބުތަކަށް މި ދުވަސްވަރު ވިއްސާރަ ކުރަމުންދާތީ މެޓް އޮފީހުން ވަނީ މިރޭގެ 19:30 އިން ފެށިގެން 22:30ގެ ނިޔަލަށްއެ ސަރަހައްދުތަކަށް ޔެލޯ އެލާޓު ނެރެފައެވެ. ޔެލޯ އެލާޓު ނެރުނީ، ށ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށާއި ވ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށެވެ. މެޓް އޮފީހުން މިރޭ ބުނެފައިވަނީ އެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.
މި ދުވަސްވަރު އިންފްލުއެންޒާ އިތުރުވެދާނެ: ޑރ. މޫސާ ހުސެއިން
ރަށްރަށުން ގެންނަ މުދާ ބާލައި ޑިސްޓްރިބިއުޓްކުރަން ނޯތު ހާބަރުގައި ޑެސްކެއް ގާއިމްކޮށްފި އެވެ. މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅޭ ގޮތުން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ ލޮކްޑައުންއާ ގުޅިގެން މުދާ ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އޭގެ އިތުރުން އަތޮޅުތެރެއިން މާލެއަށް މުދާ ގެނައުމުގައި ވެސް ދަތިތަކެއް ކުރިމަތިވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އެކަމާ ގުޅިހެން ހައްލެއް ހޯދުމަށް ނޯތު ހާބަރުގައި ގާއިމްކުރި ޑެސްކުގެ ސަބަބުން ހުއްދަތައް ހޯދުމުގައި ކައުންސިލްތަކުން ކޮންޓެކްޓް ކުރާނެ ފޯކަލް ޕޮއިންޓެއް ވެސް ގާއިމްކުރެވިފައިވާ ކަމަށް ވިސާމް ވިދާޅުވި އެވެ. "ހަމައެއާ އެކު މޯލްޑިވްސް ޕޮލިސް ސާވިސް، އެމްޕީއެލް އަދި އިކޮނޮމިކް މިނިސްޓްރީން އެ ދޭން ޖެހޭ އެކި ކަހަލަ ކްލިއަރަންސްތައް ދީގެން ހުއްދަތަކާއި އެކި ކަހަލަ ކްލިއަރަންސްތައް ދީގެން މާލެއަށް ލަފާ ދޯނިތަކުން މުދާ ބާލައި މުދާ ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ ގޮތުން ލޮޖިސްޓިކަލްް އެރޭންޖްމަންޓެއް މިހާރު ހަމަޖެހިފައި މިއޮތީ،" ވިސާމް ވިދާޅުވި އެވެ. ވިސާމް ވިދާޅުވީ ނޯތު ހާބަރުގައި ހެދި ޑެސްކާ އެކު ކުރިއަށް އޮތް ދުވަސްތަކުގައި އަތޮޅުތެރެއަށް މުދާތައް ފޯރުކޮށްދިނުމާއި އަތޮޅުތެރެއިން މާލެ ގެންނަ މުދާ ދައުރުރުކުރުމައި ވަރަށް ބޮޑެތި ފަސޭހަތަކެއް ކުރިމަތިވެގެން ދާނެ ކަމަށެވެ. ހާއްސަކޮށް ދަނޑުވެރިކަން ކުރާ ރަށްތަކުން މާލެ ގެންނަ މުދާތައް ފަސޭހައިން ފޯރުކޮށްދެވޭނެކަން އޭނާ ފާހަގަކުރެއްވި އެވެ. "ދަނޑުވެރިން އުފައްދާ އުފެއްދުންތައް މާލޭގެ އެކި ފިހާރަތަކަށް ފޯރުކޮށްދިނުމަށާއި އެ ނޫން ވެސް އެކި އިންތިޒާމްތައް ހަމަޖެއްސުމުގައި ސަރުކާރުގެ ހިއްސާވާ ކުންފުންޏެއްގެ 'އެގްރޮނެޓް' އިން މައިގަނޑުގޮތެއްގައި މަސައްކަތް ކުރަމުންދާނީ." ވިސާމް ވިދާޅުވި އެވެ.
ރަށްރަށުން ގެންނަ މުދާ ބާލައި ޑިސްޓްރިބިއުޓްކުރަން ނޯތު ހާބަރުގައި ޑެސްކެއް ގާއިމްކޮށްފި
މިހާރު ފެނިފައިވާ ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ދެނެގަނެވިފައިވާ އެންމެންގެ ޓެސްޓު ހަދާއިރު، ޕޮޒިޓިވްވެފައިވާ މީހުން ދެނެގަނެވޭނެ ކަމަށާއި ނަމަވެސް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އުންމީދު ކުރާ ގޮތަކީ ގިނަ ބަޔަކަށް ބަލި ނުޖެހުން ކަމަށް ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެއްޖެ އެވެ. މަބްރޫކު މިހެން ވިދާޅުވީ، ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ދިން ޖަވާބަކާ ގުޅިގެން ނޫހުގައި ޖެހި ހަބަރު ބައެއް މީހުންނަށް އޮޅުންއަރާ ގޮތަށް އެހެން މާނައެއް ނަގަމުންދާތީވެ އެކަން ސާފުކޮށްދިނުމުގެ ގޮތުން މިރޭ ދެއްކެވި ވާހަކަފުޅުގަ އެވެ. "ޓެސްޓުކުރާ މިންވަރު އިތުރުކޮށްފި ނަމަ، ޕޮޒިޓިވްވާ މީހުން އިތުރުވުމުގެ ފުރުސަތު އެބައޮތް: މަބްރޫކު" މި ސުރުހީގެ ދަށުން "ސަން"ގައި ރޭ ޝައިއުކޮށްފައިވާ ހަބަރަކީ، މަބްރޫކު ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކަށް އިތުރު އުނިކަމެއް ނާންނާނެ ގޮތަށް ލިޔެފައިވާ ހަބަރެކެވެ. ނަމަވެސް އެ ސުރުހީ އިން ބައެއް މީހުންނަށް އެހެން މާނައެއް ނަގަމުންދާތީވެ، މިރޭ ބޭއްވި ނޫސްވެރިިންގެ ބައްދަލުވުމުގައި އެކަން އިތުރަށް ސާފުކޮށްދެއްވަމުން މަބްރޫކު ވިދާޅުވީ، އޭނާ ދެއްކި ވާހަކަތަކުގެ މާނައަކީ، އިތުރަށް ޓެސްޓް ނަހަދަނީ ޕޮޒިޓިވްވާ މީހުން ގިނަވެދާނެތީ ނޫން ކަމަށާއި އަދި ޓެސްޓް ހެދުމުން މީހުން ޕޮޒިޓިވް ވަނީ އެއްވެސް ނޫން ކަމަށެވެ. "އަޅުގަނޑުމެން މިތާ ރޭ ދެއްކި ވާހަކައަކީ، އަދި އެ ނޫހުގައި ވެސް [ލިޔުން] އިތުރަށް ކިޔާލާފި ނަމަ، ލިޔެފައި އޮތް ގޮތަކީ، ޓެސްޓް ކުރުމުގެ އަދަދު ހުރީ އެއްވަރެއްކަމަށްވެފައި، ކޮންޓެކް ޓްރެސިންގެ އަދަދުތައް އިތުރުވެފައި އެބަވެޔޭ. އެހެންވީމަ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ބަލި މީހުންނާ ބައްދަލުވި މީހުންގެ ޓެސްޓްތައް ހެދޭ ނަމަ، އޭގެ ތެރެއިން ކުރީގައި ޕޮޒިޓިވްވެފައި ތިބި މީހުން ދެނެގަނެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް،" މަބްރޫކު ވިދާޅުވި އެވެ. "އޭގެ މާނައެއް ނޫން އިތުރު ބަޔަކު ޕޮޒިޓިވް ވަނީއޭ. އަޅުގަނޑުމެންގެ އެދުމަކީ ގިނަ ބަޔަކަށް ބަލި ނުޖެހުން. އަޅުގަނޑު ދެންނެވި ވާހަކަ އަކީ، ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަ ކުރެވުނު އެންމެންގެ ޓެސްޓް ހެދޭ އިރު، ހަމަ ފުރުސަތު އެބަ އޮތޭ ޕޮޒިޓިވްވެފައި ތިބި އިތުރު ބައެއް ފެނުމަށް،" މަބްރޫކުގެ ވާހަކަ އިތުރަށް ތިލަކޮށްދެއްވަމުން އޭނާ ވިދާޅުވި އެވެ. ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ، މިހާރު ދުވާލަކަށް ރާއްޖޭގައި ހަދަނީ 200-300 އެއްހާ ޓެސްޓް ކަމަށާއި ބައެއް ޓެސްޓުތަކުގައި ސާމްޕަލް ނެގުމާއި ނަތީޖާ ލިބުމުގައި ލަސްތަކެއް ކުރިމަތިވާ ކަމަށެެވެ. އެހެން ކަމުން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ގިނަ މީހުން ފާހަގަވިނަމަވެސް، ޓެސްޓް ހަދާ މިންވަރު އިތުރުކުރާ ނަމަ، ދުވަހުން ދުވަހަށް ފެންނަ ކޭސްތައް އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށް މަބްރޫކު ވިދާޅުވިއެވެ. "ޓެސްޓްކުރުމުގެ އަދަދު ހުރީ އެއްވަރެއްގެ ކަމުގައި ވެފައި، ކޮންޓެކްޓްތައް ހޯދަމުންދާ މިންވަރު އިތުރުވަމުންދާވަރު އިތުރުވިޔަސް، އެ ޓެސްޓްތަކުގެ ނަތީޖާ އަންނަައިރު ގާތްގަނޑަކަށް އެއް ހިސާބެއްގައި ނަތީޖާތައް އުޅުމަކީ، އޭގެ މާނައެއް ނޫން ޕޮޒިޓިވްވާ ކޭސްތައް މަދީއޭ. ރަނގަޅު ވާހަކަ އެއް ތިވިދާޅުވީ. ޓެސްޓު ކުރާ މިންވަރު އިތުރުކުރާ ވަރަކަށް އަޅުގަނޑަށް ވެސް ހީވޭ ފުރުސަތު ބޮޑުވާނެ އިތުރަށް ޕޮޒިޓިވްވާ މީހުން ފެންނަން،" ދުވަހުން ދުވަހަށް ފެންނަ ކޭސްތަކުގެ އަދަދު އިތުރުނުވަނީ، ޓެސްޓް ކުރާ މިންވަރު މަދުވުމުންތޯ ސުވާލުކުުރުމުން މަބްރޫކު ވިދާޅުވިި އެވެ. މަބްރޫކު ވިދާޅުވީ، ޓެސްޓު ކުރާ މިންވަރު އިތުރުކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ. މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، މިހާރު 5،000 ޓެސްޓިން ކިޓް ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން ފުލުހުންގެ އިންޓެލިޖެންސްގައި ބޭނުންކުރާ ޕީސީއާރު މެޝިނެއް ކޮވިޑް19ގެ ޓެސްޓުތައް ހަދަން ބޭނުންކުރަން ފަށާފައިވާކަމަށް މަބްރޫކު މިރޭ ވިދާޅުވި އެވެ. މަބްރޫކު ވިދާޅުވީ އެ މެޝިނުން ފުރަތަމަ ދުވާލަކު 50 އެއްހައި ޓެސްޓު ހެދޭނެ ކަމަށާއި ކުރިއަށް އޮތްތަނުގައި އެ އަދަދު އިތުރު ވާނެ ކަމަށެވެ.
އަޅުގަނޑުމެންގެ އުންމީދަކީ ގިނަ ބަޔަކަށް ބަލި ނުޖެހުން: މަބުރޫކް
އަދިތިޔާ ޗޯޕްރާ ހިންގާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ގެނެސްދޭ ފިލްމު "ބަންޓީ އޯރް ބަބްލީ2" އަކީ ވަރަށް މުހިއްމު ފިލްމެއް ކަމަށް އެ ފިލްމުގެ ބަތަލު ސައިފް އަލީ ޚާން ބުނެފިއެވެ. ސައިފް ބުނީ އެ ފިލްމަކީ ގިނަ އަހަރުތަކަކަށްފަހު ވައިއާރްއެފްގެ ފިލްމަކުން ފެނިގެންދާ ފުރަތަމަ ފިލްމުކަމަށާއި އަދި އެ ފިލްމުގައި ރާނީ މުކަރްޖީ ހަރަކާތްތެރިވުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މީގެ ކުރިން ވައިއާރްއެފް އާއި ސައިފް އާ ދެމެދު ވަނީ މައްސަލަތަކެއް އުފެދިފައެވެ. ނަމަވެސް އެ މައްސަލަތަކަށް ނިމުން އައިސް މިފަހަރުގެ ވައިއާރްއެފް ގެ ފިލްމުން ސައިފް ފެނިގެންދާ ކަމީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ސްޓޫޑިއޯއާ ދޭތެރޭ މައްސަލަތަކެއް ޖެހުނީ ގެންގުޅުނު އެޓިޑިއުޑްތަކެއްގެ ސަބަބުންކަމަށް ގަބޫލުކުރާކަމަށެވެ. ނަމަވެސް މާޒީ ހަނދާން އާ ކުރަން ބޭނުންނުވާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އެ ފިލްމުގެ މަސައްކަތްތައް ފެށިއިރު އެންމެ އުފާވީ އަދިތިޔާގެ ފަރާތުން ލިބުނު މެސެޖަކުން ކަމަށާއި އެ މެސެޖުގައި ބުނެފައިވަނީ "ވެލްކަމް ހޯމް" ކަމަށް ސައިފް ބުންޏެވެ. އޭނާ ބުނީ ވައިއާރްއެފް ސްޓޫޑިއޯ އަކީ އޭނާ އާއިލާއެއް ކަމަށެވެ. ދެހާސް ހަތަރު ވަނަ އަހަރު ނުކުތް ފިލްމު ހަމްތުމްގެ ޖޯޑު ސައިފް އާއި ރާނީ އެކުގައި 11 އަހަރުފަހުން ސްކްރީނުން ފެނިގެންދާނީ "ބަންޓީ އޯރް ބަބްލީ" އިންނެވެ. ދެވަނަ ބައިގައި ފެނިގެން ދާނީ ފުރަތަމަ ފިލްމަށް ވުރެ ދިހަ އަހަރު ފަހުން ހިނގާ ކަންކަމެވެ. މި ފިލްމުގައި އެދެތަރިންގެ އިތުރުން ފެނިގެންދާނީ ސިދާންތު ޗަތުރްވެދީ އާއި ބޮލީވުޑަށް އަލަށް ތައާރަފްވާ ތަރި ޝަރްވަރީ އެވެ. އަދިތުޔާ ޗޯޕްރާ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމު ޑައިރެކްޓް ކޮށްފައި ވަނީ ވަރުން ވީ ޝަރްމާ އެވެ. ފިލްމު ރިލީޒްކުރަން ނިންމާފައި އޮތީ އަންނަ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ.
ވައިއާރްއެފްގެ "ބަންޓީ އޯރް ބަބްލީ 2" އަކީ ސައިފް އަށް މުހިންމު ފިލްމެއް
ކޮރޯނާވައިރަސްގެ ކޭސްތަކާ ގުޅިގެން އިތުރު ފަސް ރަށަކަށް މޮނީޓަރިންގެ ހާލަތައް ގެނެސް، ވަގުތީ ގޮތުން އަރާފޭބުން މަނާކޮށްފިއެވެ. މިއަދު ހަވީރު ދަރުބާރުގޭ، އެންއައިއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވަނީ އެރަށްތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އަރާފޭބުން މަނާކުރި ފަސް ރަށް: ބ. ފުޅަނދޫ ދ. ކުޑަހުވަދޫ ތުޅާގިރި އައިލެންޑް ރިސޯޓް ކ. ތުލުސްދޫ ކ. ކުޑަ ވިލިނގިލި މަބްރޫކު ވިދާޅުވީ، ކުރިން މޮނިޓަރިންގެ ހާލަތައް ގެނައި ބައެއް ރަށްތައް އާންމު ހާލަތައް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ތިން ރަށެއްގެ މިހާރު އާންމު ހާލަތައް ގެނެސްފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ. އެއީ ހދ. ނޮޅިވަރަމް، ރ. މުރަވަންދޫ އަދި ރ. ބޮޑުފުށި އެވެ. އަދިވެސް މޮނީޓަރިންގެ ހާލަތުގައި އޮތް ރަށްތަށް: ކ. ގުރައިދޫ ހއ. މާރަންދޫ ހދ. ވައިކަރަދޫ ހދ. ހިރިމަރަދޫ ހއ. ހޯރަފުށި ހއ. ތަކަންދޫ ހއ. އިހަވަންދޫ ހއ. އުލިގަން ޖޯލި މޯލްޑިވް މިއަދު އެކަނިވެސް 17 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި މިހާރު ފެނިފައިވާ ކޭސްތަކާ ގުޅިގެން 1،380 މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދާފައިވާ ކަމަށް މަބްރޫކު ހާމަ ކުރިއްވިއެވެ. އަދި 19 އިމާރާތް މޮނީޓަރުންގެ ހާލަތަށް ގެނެސްްފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ. މިހާތަނަށް ރާއްޖެއިން ފެނުނު ޖުމްލަ ކޭސްތަކުގެ އަދަދަކީ، 84 އެވެ. އޭގެ ތެރެއިން 16 މީހަކު ވަނީ ވައިރަހުން ރަނގަޅުވެފައެވެ.
އިތުރު ފަސް ރަށަކަށް އަރާ ފޭބުން މަނާކޮށްފި
ޓްރީ ޓޮޕް ހޮސްޕިޓަލުން ކޮވިޑް-19 ގެ 180 ބަލި މީހަކަށް ފަރުވާ ދެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ. ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިވެރިން ކަމަށްވާ، ޗަމްޕާ އާއިލާއިން ހިންގާ އެ ހޮސްޕިޓަލްގެ އާންމު ހިދުމަތްތައް ހުއްޓާލައި ތިން މަސް ވަންދެން، އެ ހޮސްޕިޓަލް ވަނީ ކޮވިޑްއަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލަކަށް ބަދަލުކޮށްފަ އެވެ. އެކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށްޓަކައި މިއަދު ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރީޓޮޕް ހޮސްޕިޓަލްގެ ކޮންސަލްޓެންޓް އެނަސްތެޓިސްޓް އެންޑް އައިސީޔޫ، ޑރ. އަމްރު ސަފްވަތު ވިދާޅުވީ، އެ ހޮސްޕިޓަލްގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރާނެ ކަމަށެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި އެއް ފަހަރާ 45 މީހުންނަށް ފަރުވާ ދެވޭނެ ކެޕޭސިޓީ ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި 15 އައިސީޔޫ އެނދާއި 15 ޕްރީ އައިސީޔޫ އެނދުގެ އިތުރުން 15 ޕޯސްޓް އައިސީޔޫ އެނދު ހިމެނޭނެ ކަމަށް ޑރ. ސަފްވަތު ވިދާޅުވި އެވެ. "މިއީ މިހާރު އަޅުގަނޑުމެން ބޭނުންކުރަމުން ގެންދާ ކެޕޭސިޓީއަކީ. މި ކެޕޭސިޓީގައި މިވަގުތު ހުރިހާ ޕޭޝަޓުންނަށް ފަރުވާ ދެވޭނެ،" އޭނާ ވިދާޅުވި އެވެ. ފުލް ކެޕޭސިޓީގައި ހޮސްޕިޓަލް އޮޕަރޭޓް ކުރަން ފެށުމުން، 180 މީހަކަށް ފަރުވާދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޓްރީ ޓޮޕްގެ ސީއީއޯ ޑޭވިޑް ފެއިންބާގް ވިދާޅުވީ، އެ ހޮސްޕިޓަލް ކޮވިޑް-19 ބަލި މީހުންނަށް ހާއްސަ ކުރަން އެ ހޮސްޕިޓަލްގެ ބޯޑުން ނިންމީ، މިވަގުތު ރާއްޖެއެއަށް ދިމާވެފައިވާ ބަލިމަޑުކަމުން ގައުމު ސަލާމަތް ކުރުމަށް އެހީތެރިވުމަކީ ގައުމީ ޒިންމާއެއް ކަމުގައި ދެކިގެން ކަމަށެވެ. އަދި އެކަމުގައިި އެ ހޮސްޕިޓަލްގައި މިވަގުތު ވަޒީފާގައި ތިބި ހުރިހާ ސްޓާފުން ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ސަރުކާރުގެ ބޭނުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިދުމަތްތަކާއި ވަސީލަތްތައް ހާއްސަކޮށް ކޮވިޑް-19 އަށް ފަރުވާދެވޭ ސެންޓަރެއްގެ ގޮތުގައި ދިނުމަށް އެ ހޮސްޕިޓަލުގެ ޑިރެކްޓަރުން މިހާރު ނިންމަވާފައިިވާކަމަށް ކުރިން ވަނީ ބުނެފަ އެވެ. އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗުގެ ސީއީއޯ އިބްރާހީމް ސަލީމް ވިދާޅުވީ، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކެޕޭސިޓީ ގާއިމުކުރުމަށް ބޭނުންވާ އިކުއިޕްމެންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށެވެ. އަދި މިހާރު އެތަކެތި ރޭވުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ. އެ ހޮސްޕިޓަލްގައި ކޮވިޑް-19 ގެ ބަލިމީހުންނަށް ފަރުވާ ދިނުމަށް ބޭހާއި އެހެން ބައެއް ތަކެއްޗާއި ބައެއް މުވައްޒަފުން ވެސް ފޯރުކޮށްދޭނީ ސަރުކާރުންނެވެ.
ޓްރީ ޓޮޕުން ކޮވިޑް ބަލީގެ 180 މީހަކަށް ފަރުވާދެވޭނެ
ލޮކްޑައުންގެ ހާލަތުގައި ބޭރުތެރެއަށް ނުކުމެ އުޅޭ މީހުންނާ މެދު މިރެއިން ފެށިގެން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން މިރޭ ކުރި ޓުވީޓެެއްގައި ބުނީ، މިރޭގެ 20:30 ގެ ފަހުން މަގުމަތީގައި އުޅޭ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށާއި އެހެންކަމުން ހުރިހާ ރައްޔިތުން ވެސް ގޭގައި ތިބުމަށް އިލްތިމާސް ކުރާ ކަމަށެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުރަތަމަ ފަހަރު ކުރާނީ، ޖޫރިމަނާ ކަމަށާއި ދެވަނަ ފަހަރު ޕީނަލް ކޯޑުގެ 533 ވަނަ މާއްދާގެ ދަށުން ހައްޔަރު ކުރާނެ ކަމަށެވެ. އެއީ ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމާ ގުޅޭ މާއްދާއެވެ. ފުލުހުން މީގެކުރިން ބުނެފައި ވަނީ ލޮކްޑައުން ކޮށްފައިވާ ވަގުތުގައި މަގުމައްޗަށް ނިކުންނަ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅައި ކަރަންޓީނަށް ގެންދަން ޖެހިއްޖެ ހާލަތެއްގައި އެކަން ވެސް ކުރާނެ ކަމަށެވެ. އެހެން ނަމަވެސް ފާއިތުވި ތިން ދުވަހު ވެސް ލޮކްޑައުން ކޮށްފައި ވަނިކޮށް، ގިނަ އަދަދެއްގެ ބަޔަކު މަގުމައްޗަށް ނުކުމެފައިވެއެވެ. ފުލުހުން ބުނީ ލޮކްޑައުން ވަގުތު ބޭރަށް ނުކުމެގެން 100 އެއްހާ މީހުންނަށް ނަސޭހަތްދީފައިވާ ކަމަށެވެ. އެއްވެސް މީހަކު ޖޫރިމަނާކޮށް އިތުރު ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. މީގެކުރިން މާލޭގައި ކާފިއު ހިންގި ވަގުތުތަކުގައި ވެސް ގިނަ އަދަދެއްގެ މީހުންނަށް ފުލުހުން ނަސޭހަތް ދީފައިވެއެވެ. ހާހަކަށް ވުރެ ގިނަ މީހުން ކާފިއުއާ ހިލާފުވި އިރު، ޖޫރިމަނާކޮށްފައި ވަނީ އެންމެ ދެމީހުންނެވެ. ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް ހުރިހާ ރައްޔިތުން ވެސް ފުލުހުންނަށް އެއްބާރުލުން ދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ.
ލޮކްޑައުން: ބޭރަށް ނުކުންނަ މީހުން ޖޫރިމަނާކޮށް ހައްޔަރުކުރަނީ
މާލެ ލޮކްޑައުންއާ ގުޅިގެން ހާލުގައިޖެހި، މަގުމަތިވި 124 މީހަކަށް މިހާތަނަށް ސަރުކާރުން ބޯހިޔާވަހިކަމާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ. މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުން ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފައިވާ މީހުންގެ ތެރޭގައި ކުލި ނުދެއްކުމުގެ ސަބަބުން ގެއިން ނެރުނު މީހުންނާއި، މަގުމަތީގައި ކުރިން ވެސް އުޅެމުން އައި މީހުންނާއި އަދި އެކިއެކި ބޭސްފަރުވާ ބޭނުންވެގެން ރަށްރަށުން އައިސް ތިބި މީހުންނާއި، ޑްރަގްގެ ވަބާގައި ޖެހިފައިވާ ބަޔަކު ހިމެނޭ ކަމަށެވެ. "މި މީހުންނަށް ތިބޭނެ ތަންތަނާއި ކާބޯތަކެތި އަދި ޓޮއިލެޓްރީޒް، ސާފުތާހިރުވާން ބޭނުންވާ ތަކެތި ފޯރުކޮށްދީފައިިވޭ،" މަބްރޫކް ވިދާޅުވި އެވެ. މަބްރޫކް ވިދާޅުވީ އޭގެ އިތުރުން ވެސް ބައެއް މީހުންގެ އަންނައުނު ނެތުމުގެ ސަބަބުން، އެކަމަށް ވަކި ބަޖެޓެއް ކަނޑައަައިިގެން އަންނައުނު ހޯދައިދިނުމުގެ ކަންކަން ކުރަމުން އަންނަ ކަމަށެެވެ. އަދި މާލެ ލޮކްޑައުން ކުރުމާ ގުޅިގެން ކާބޯތަކެތީގެ ދަތިކަން ދިމާވި 60 މީހަކަށް ކާބޯތަކެތި ވެސް ފޯރުކޮށްދީފައިވާ ކަމަށެވެ. މާލެއިން ކޮވިޑް19 ޖެހިފައިިވާ މީހަކު ފެނި، މި މަހުގެ 15 ވަނަ ދުވަހު މާލެ ސިޓީ ލޮކްޑައުން ކުރުމާ ގުޅިގެން ގިނަ ބަޔަކަށް ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. އޭގެ ތެރޭގައި ދިިވެހީންނާއި ބިދޭސީން ވެސް ހިމެނެ އެވެ. މަބްރޫކް ވިދާޅުވީ މިފަދަ ފަރާތްތަކަށް އެހީވުމަށް ސޯޝަލް ކައުންސިލުން އިންތިޒާމްތައް ހަމަޖައްސައި ތައްޔާރަށް އޮތް ކަމަށެވެ. އެގޮތުން މޯލްޑިވްސް ރެޑް ކްރެސެންޓާ ގުޅިގެން، ކެއްކޭނެ އިންތިޒާމް ހަމަޖެހިފައި ހުރި ލޭބާ ކުއާޓާތަކަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދީިފައިވާ ކަމަށެވެ. އަދި ރަމަޟާން މަހު ވެސް ކާބޯތަކެތީގެ ދަތިކަން ފޯރާނެ ފަރާތްތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް މަބްރޫކް ވިދާޅުވި އެވެ. މިހާތަނަށް ރާއްޖެއިން 108 މީިހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ.
124 މީހަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފި
ކޮރޯނާވައިރަސް، ކޮވިޑް-19އަށް އިތުރު 22 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފި އެވެ. އެޗްޕީއޭއިން ހާމަކުރި ގޮތުގައި، މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ، 16 ދިވެއްސަކާއި ހަތަރު ބަންގްލަދޭޝް މީހަކާއި އިންޑިއާ އެކަކު އަދި ނޭޕާލް މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެއާ އެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 766 އަށް އެރީ އެވެ. އޭގެ ތެރެއިން ފަސް މީހަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުން އަންނަ އިރު ކޮވިޑް-19 ޖެހިފައިވާ ތިން މީހަކު ވަނީ މިހާތަނަށް މަރުވެފަ އެވެ. އަދި 20 މީހަކު ވަނީ ބަލިން ރަނގަޅުވެސް ވެފަ އެވެ. އިއްޔެ އެކަނިވެސް ރާއްޖޭގައި ވަނީ، 96 މީހަކު ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އަދި އޭގެ ތެރޭގައި މިހާރު ފެނިފައިވާ އެއްވެސް ކުލަސްޓާއަކާ ގުޅުމެއް ނެތް، 33 އިންޑިޕެންޑެންޓް ކޭސް ހިމެނެ އެވެ. އަދި އެ ޖުމްލަ 38 އަކަށް ވަނީ އަރައިފަ އެވެ. އެޗްޕީއޭއިން ލަފާކޮށްފައިވާ ގޮތުން ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ކުއްލިއަކަށް ކޭސްތައް އިތުރުވެ "ސާޖެއް" އަންނާނެ އެވެ. އަދި މި މަހުގެ 31 ވަނަ ދުވަހު އެކަނި 1،600 މީހަކަށް ބަލި ޖެހި ހޮސްޕިޓަލްތަކަށް ބާރު ބޮޑުވުމުގެ ފުރުސަތު އޮތް ކަމަށް ވަނީ ލަފާކޮށްފަ އެވެ. ރާއްޖޭގައި އެންމެ ގިނައިން ބަލި ފެތުރެމުން އަންނަނީ، ތޮއްޖެހިގެން އެއް ތަނެއްގައި އުޅޭ ބަންގަލަދޭޝްގެ މީހުންގެ މެދުގަ އެވެ. ރާއްޖެއިން ބަލި ޖެހުނު މީހުންގެ 55.91 ޕަސެންޓަކީ ބަންގަލަދޭޝް މީހުންނެވެ. ދިވެހިންއަކީ، 31.99 ޕަސެންޓެވެ. އެޗްޕީއޭއިން ބުނެފައި ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ގޭބިސީތަކަށް ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑުވެފައިވާ ކަމަށެވެ.
އިތުރު 22 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ
ވެމްކޯ އިން ރ. ވަންދޫގައި ހިންގަމުން އަންނަ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީން ފޯރުކޮށްދޭ ހުރިހާ ހިދުމަތްތަކެއް ވަގުތީ ގޮތުންް ހުއްޓާލަން ނިންމައިފި އެވެ. ވެމްކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެއީ ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް، މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން އަންގާފައި ވާތީ އެކަމާ ގުޅިގެން ނިންމި ނިންމުމެއް ކަމަށެވެ. އަދި އެއީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މިވަގުތަށް ހުއްޓާލުމަށް އަންގާފައި ވާތީ، އެޗްޕީއޭގެ ލަފާގެ މަތިން އެޅި ފިޔަވަޅެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. އެހެންކަމުން މިއަދުން ފެށިގެން އެ ކޯޕަރޭޝަނުން ވަންދޫގައި ހިންގަމުންދާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީން ފޯރުކޮށްދޭ ހުރިހާ ހިދުމަތްތަކެއް ވަކި ގޮތެއް އަންގަންދެން ވަގުތީ ގޮތުންް ހުއްޓާލުމަށް ނިންމާފައިވާ ކަމަށް ވެމްކޯ އިން ބުންޏެވެ. ވެމްކޯ އިން ބުނީ ހާލަތަށް ރިއާޔަތްކޮށް، ކަމާބެހޭ އިދާރާތަކުގެ ލަފަޔާއެކު މެދުކެނޑިފައިވާ ހިދުމަތްތަކަށް އަންނަ ބަދަލުތައް ކަސްޓަމަރުންނާއި ހިއްސާކުރަމުން ދާނެ ކަމަށެވެ. މި ބަދަލުތަކުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ޓަކައި ކަސްޓަމަރުންގެ ފަރާތުން މައާފަށް އެދޭ ކަމަށް ވެސް ބަޔާނުގައިވެ އެވެ. މާލެއިން ކޮވިޑް19 ޖެހިފައިވާ އަށް މީހަކު މިހާތަނަށް ފެނިފައިވާ އިރު، މާލެ ސަރަހައްދުުގައި ވެމްކޯއިން ފޯރުކޮށްދޭ ހިދުމަތްތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.
ވެމްކޯގެ ވަންދޫ ފެސިލިޓީ ވަގުތީ ގޮތުން ބަންދުކޮށްފި
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ހާލުގައި ޖެހިގެން މީހުން ބައިތިއްބާ ތަންތަން ސާފުކުރަން އެމްއޭސީއެލްގެ ވޮަލަންޓިއަރުން ނިކުމެއްޖެއެވެ. މާލެއިން ފުރަތަމަ ފަހަރަށް މިމަހުގެ 15 ވަނަ ދުވަހު ވަނީ ކޮރޯނާގެ ކޭސްއެއް ފެނިފައެެވެ. އެކަމާ ގުޅިގެން މާލެ މިހާރު ވަނީ 14 ދުވަހަށް ލޮކްޑައުންވެސްކޮށްފައެވެ. ނަމަވެސް ކުއްލިއަކަށް ލޮކް ޑައުންގެ ހާލަތަކަށް ދިއުމަށް މާލޭގައި ތިބި ރަށްރަށުގެ މިީހުންނާއި ރިސޯޓްތަކުގެ މީހުން ވަންނާނެ ތަނެއް ނެތި ތިބީ ތާށިވެފައެވެ. އޭގެ އިތުރުން ކުލިނުދެއްކިގެންނާއި އެނޫންވެސް ތަފާތު ސަބަބުތަކާ ހުރެ މާލޭގައި ވަންނާނެތަނެއް ނެތި މީހުން އުޅޭތަން ފެނިގެން ދިޔައެވެ. އެފަދަ މީހުންނަށް ފަހުން ސަރުކާރުން ވަނީ އެކި ތަންތަނުގައި ހިޔާ ވަހިކަން ފޯރުކޮށްދީފައެވެ. އެމްއޭސީއެލްގެ ވޮލަންޓިއަރުން ނުކުމެ ސާފުކޮށްފައިވަނީ ހުރަވީ ސްކޫލާއި ޣާޒީ ސްކޫލާއި ރެހެންދި ސްކޫލްގެ އިތުރުން މަޖީދިއްޔާ އަދި ހިރިޔާ ސްކޫލެވެ. އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް "ސަން" އަށް މިއަދު ވިދާޅުވީ ވޮލަންޓިއަރުންގެ ގޮތުގައި 50 އެއްހާ މުވައްޒަފުން ހަރަކާތްތެރިވި ކަަމަށެވެ. އެކަމުގައި އެމްއޭސީއެލްގެ އެމްޑީ މޫސާ ސޯލިހްވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެ ހަރަކާތުގައި އެމްއޭސީއެލްއިން ވަނީ ސްކޫލްތަކުގެ ގޭތެރޭގައި ކްލާސްރޫމްތައް ފޮޅައި ސާފުކޮށްފައެވެ.
ހާލުގައި ޖެހިގެން މީހުން ބައިތިއްބާ ތަންތަން އެމްއޭސީއެލްއިން ސާފުކުރަނީ
އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ފެނަކާގެ ޕަމްޕް ސްޓޭޝަންގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. ފުލުހުން ބުނެފައިވަނީ ފެނަކާ ޕަމްޕް ސްޓޭޝަންގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު ހަވީރު ލިބިފައިވާ ކަމަށެވެ. އެ މައްސަލައެެއް މިއަދު 16:53 ހާއިރު ފުލުހަށް ހުށަހަޅާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ. އެ އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށެވެ. އެހެންނަމަވެސް އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން ދާ ކަމަށެވެ.
ހިތަދޫ ފެނަކަ ޕަމްޕް ސްޓޭޝަންގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ޓްރީޓޮޕް ހޮސްޕިޓަލް ކޮވިޑް-19 އަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލެއްގެ ގޮތުގައި ހަމަޖައްސާ، އެ ބަލި ޖެހިފައިވާ ބައެއް މީހުން އެދުމަތިކޮށް ފަރުވާދޭން ފަށައިފި އެވެ. އެންއޯއީސީއިން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމް ވިދާޅުވީ، ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް މިދިޔަ ބުދަ ދުވަހުން ފެށިގެން ޓްރީޓޮޕް ހޮސްޕިޓަލް ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން ފަސް މީހަކު ޓްރީޓޮޕް ހޮސްޕިޓަލްގައި މިހާރު އެޑްމިޓްކޮށް ފަރުވާދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެެވެ. ސަލީމް ވިދާޅުވީ ޓްރީޓޮޕް ހޮސްޕިޓަލް، ކޮވިޑް މެޑިކަލް ފެސިލިޓީއަކަށް ހެދުމާ ގުޅޭގޮތުން އެ ހޮސްޕިޓަލް އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާ ދެމެދުގައި މިދިޔަ މަހުގެ 26 ގައި އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައި ކަމަށެވެ. އޭނާ ވިދާޅުވީ ހޮސްޕިޓަލު ކޮވިޑް-19 އަށް ހާއްސަ ފެސިލިޓީއަކަށް ބަދަލުކޮށް ފުރަތަމަ ޕޭޝަންޓަށް ފަރުވާ ދޭން ފަށާފައިވަނީ މިދިޔަ ބުދަ ދުވަހުން ފެށިގެން ކަމަށެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ޑިރެކްޓާ އޮފް މެޑިކަލް ސާވިސެސް ޑރ. އަލީ ނަޒީމް ވިދާޅުވީ، ރާއްޖޭގެ ކޮންމެ ސިއްހީ ހިދުމަތްދޭ ސެންޓަރަކުންވެސް ބަލި ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެގޮތުން މިވަގުތު ޓްރީޓޮޕްގައި އެ ތިބި ޕޭޝަންޓުންނަކީ އައިޖީއެމްއެޗަށް ފުރަތަމަ ގެންގޮސް ޓެސްޓުކުރުމުން، ބައްޔަށް ޕޮޒިޓިވްވެފައި ތިބި ޕޭޝަންޓުން ކަމަށް ޑރ. ނަޒީމް ވިދާޅުވި އެވެ. "މިހާރު ދެވައްތަރެއްގެ ފަރުވާއެއް މިއުޅެނީ. ކޮމިއުނިޓީ ބޭސްޑް ފަރުވާއެއް. އެއަށް ބޮޑަށް މި ގެންދަނީ ފަކޮޅުފުށި ނުވަތަ އެޗްއައިއެޗް ކަހަލަ ފެސިލިޓީސްތަކަށް. ބައެއް މީހުންނަށް މި ބޭނުންވަނީ ތަންކޮޅެއް އެޑްވާންސް ފަރުވާ. މިސާލަކަށް އޮކްސިޖަން ތެރަޕީ ކަހަލަ ހިދުމަތްތައް. އެފަދަ ފަރާތްތަކުން މިހާރު އަޅުގަނޑުމެން މި ޓްރާންސްފާ ކުރަނީ ޓްރީ ޓޮޕް ހޮސްޕިޓަލްއަށް،" އޭނާ ވިދާޅުވި އެވެ. ޓްރީ ޓޮޕް ހޮސްޕިޓަލް އަށް ބަދަލުކޮށްފައިވާ ފަސް ޕޭޝަންޓުންނަކީ ހާލަތަށް ރިއާޔަތްކޮށް ބަދަލުކޮށްފައިވާ ފަރާތްތައް ކަމަށް ޑރ. ނަޒީމް ވިދާޅުވި އެވެ.
ޓްރީޓޮޕް ކޮވިޑް ހޮސްޕިޓަލަކަށް، ފަސް މީހުންނަށް ފަރުވާދޭން ފަށައިފި
އާންމު ސިއްހަތަށް ނުރައްކާތެރިވާ ހާލަތެއްގައި ބައްޔެއް ޖެހިފައިވާ މީހެއްގެ ނަން ހާމަކޮށް، އާންމުކޮށް އިއުލާނު ކުރުމުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަމަލު ކުރާނެ ގޮތުގެ ގަވައިދެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން އެކުލަވާލައި އެއަށް އަމަލު ކުރަން ފަށައިފިއެވެ. އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ 82 ވަނަ މާއްދާގެ (ށ)ގެ ދަށުން، އާންމު ސިއްހަތު ރައްކާތެރި ކުރުމަށް މީހެއްގެ ނަން ހާމަ ކުރުމަކީ މުހިންމު ކަމެއް ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަަށް ފެންނަ ހިނދެއްގައި އެކަން ކުރުމުގެ ބާރު އޭނާއަށް ލިބިގެންވެއެވެ. ނަމަވެސް އެކަން ކުރެވޭނީ އެކަން ކުރުމުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަމަލު ކުރަންވީ ގޮތުުގެ ގަވައިދެއް އެކުލަވާލައިގެން ކަމަށް އެ މާއްދާގެ (ނ)ގައިވެއެވެ. މިއަދު "އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން ނަން ހާމަ ކުރުމާ ބެހޭ އުސޫލުތައް ބަޔާން ކުރާ ގަވާއިދު"ގެ ނަމުގައި އެކުލަވާލައި ގެޒެޓުކޮށްފައި ވަނީ 82 ވަނަ މާއްދާގެ (ނ)ގައި ބުނާ ގަވައިދެވެ. އެ ގަވައިދުގައިވާ ގޮތުން، އާންމު ސިއްހަތު ރައްކާތެރިކުރުމަށްޓަކައި ވަކި ހާލަތްތަކުގައި ނުރައްކާތެރި ބައްޔެއް ނުވަތަ ގައިންޔަށް އަރާ ބައްޔެއް ފެތުރުނަ ނުދިނުމަށްޓަކައި، ވަކި ފަރާތެއްގެ ނަން ހާމަ ކުރުމަކީ މުހިންމު ކަމެއް ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ފެންނަ ހާލަތެއްގައި އާންމުކޮށް މީހެއްގެ ނަމާއި، އެޑްރެހާއި، ވަޒީފާ އަދާ ކުރާ ތަނާއި، ފޮޓޯއާއި، އެ މީހާގެ ގައުމާއި، ޖެހިފައިވާ ބަލީގެ މައުލޫމާތު ހާމަ ކުރެވޭނެއެވެ. އެ ގަވައިދުގައިވާ ގޮތުން ބައްޔެއް ފެތުރުން ހުއްޓުވުމަށް މީހެއްގެ ނަން ހާމަ ކުރެވޭނީ ހަމަ އެކަނި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށެވެ. ނަމަވެސް، އޭނާއަށް މީހެއްގެ ނަން ހާމަ ކުރެވޭނީ، އެކަން ނުކޮށް އާންމު ސިއްހަތު ރައްކާތެރި ނުކުރެވޭނެ މިންވަރަށް އެކަމުގެ ނުރައްކާ ކުރިމަތިވެއްޖެ ހިނދެއްގައި، އެ މަގުސަދު ހާސިލު ކުރެވޭ މިންވަރަށް އެކަނި ކަމަށް އެ ގަވައިދުގައިވެއެވެ ގަވައިދުގައިވާ ގޮތުން، މަރުވެފައިވާ މީހަކު މަރުވެފައި ވަނީ، ނުރައްކާތެރި ބައްޔެއް ޖެހިގެން ކަމަށް އެ މީހެއްގެ މަރުގެ ސެޓިފިކެޓުގައި ބުނާ ނަމަ، އަދި އޭނާއަށް ޖެހުނީ އެ ދުވަސްވަރެއްގައި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ބައްޔެއް ކަމަށްވާނަމަ، އެ މީހާގެ ނަން ހާމަ ކުރެވޭނެ އެވެ. އަދި ބަލި ފެތުރިދާނެތީ ކަރަންޓީނުކުރަން ނުވަތަ ނުވަތަ އެކަހެރިވާން އަންގާފައިވާ މީހަކު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާ ހިލާފުވެއްޖެ ހާލަތެއްގައި އެ މީހެއްގެ ފަރާތުން ބަލި ފެތުރިދާނެ ކަމަށް ގަބޫލު ކުރެވޭނަމަވެސް، އެ މީހެއްގެ ނަން ހާމަ ކުރެވިދާނެއެވެ. މި ގަވައިދު އެކުލަވާލާފައި މިވަނީ މާލޭގައި ކޮވިޑް-19 ވައިރަސް ފެތުރެން ފަށާފައިވާ ދުވަސްވަރެއްގައެވެ. މިހާތަނަށް މާލެއިން އެ ވައިރަހަށް އަށް މީހަކު ޕޮޒިޓިވްވެފައިވެއެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހާއަށް ބަލި ޖެހުނީ ކިހިނެއް ކަމެއް އަދިވެސް ދެނެގަނެވިފައި ނުވެއެވެ. އަދި ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓުވެފައި ނުވާ އިތުރު ދެ މީހަކުވެސް މިހާރު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ.
ބަލި މީހެއްގެ ނަން ހާމަކުރެވޭނެ ގޮތުގެ ގަވައިދެއް ހަދައިފި
މިހާތަނަަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި ރާއްޖެއިން ބޭރުން އައުމުން ކަރަންޓީނު ކުރި މީހަކު ކަރަންޓީނުކޮށް މުއްދަތު ހަމަވުމުން ދޫކޮށްލާފައިވާ މީހަކު ހިމެނޭ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ. މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެއްސަކު ކަރަންޓީނު މުއްދަތު ފުރިހަމަ ކުރުމަށްފަހު ދޫކޮށްލިފަހުން، ރާއްޖެއިން ފަހުން ބައްޔަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓުވެ، ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އޭނާ އާއި ގުޅޭ ތަފްސީލު ދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ އޭނާ ރާއްޖެ އައީ މިދިޔަ މަހުގެ 23 ގައި ކަމަށާއި އޭނާ ކަރަންޓީނަށް ގެންދިޔުމަށްފަހު މިދިޔަ މަހުގެ 28 ވަނަ ދުވަހު ކުރި ޓެސްޓުން ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށެވެ. އަދި ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން އޭނާގެ ޓެސްޓު ހެދި ކަމަށާއި އެގޮތުން މިމަހުގެ ހަ ވަނަ ދުވަހު ހެދި ޓެސްޓުންވެސް ނެގެޓިވް ވެފައިވާކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. ޑރ. ވިދާޅުވީ ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ހަދާ ޓެސްޓުން ނެގެޓިވް ވުމުން އޭނާ ދޫކޮށްލީ މިމަހުގެ ހަތްވަނަ ދުވަހު ކަމަށެވެ. "ކަންދިމާކުރިގޮތުން އޭނާ މިވީ، ޕޮޒިޓިވް ކޭސްއެއްގެ ވަރަށް ކްލޯޒް ކޮންޓެކްޓަކަށް. ދިމާވިގޮތުން ފަހުން އޭނާ އަށް އެ ބަލި އަރާފައި ޕޮޒިޓިވް ވެފައި އެހުރީ،" ޑރ. ވިދާޅުވިއެވެ. ޑރ. ނަޒްލާ ވިދާޅުވީ ބަލި ޖެހުނު މީހަކާ ކޮންޓެކްޓު ވުމުން ހައި ރިސްކު މީހަކަށް ވާތީ، އޭނާ އައިސޮލޭޓު ކުރި ކަމަށާއި ބައްޔަށް ޕޮޒިޓިވް ވީ އައިސޮލޭޝަނަށް ގެންގޮސް ހެދި ޓެސްޓުން ކަމަށެވެ. އެގޮތުން އޭނާ ބައްޔަށް ޕޮޒިޓިވްވީ މިމަހުގެ 21 ވަނަ ދުވަހު ކަމަށް ޑރ. ވިދާޅުވިއެވެ. އެ ކޭސް އާއި ގުޅޭގޮތުން ޑރ. ވިދާޅުވީ އޭނާ ބޭރުން އައިސް ހުއްޓާ ޕޮޒިޓިވްވީ ކަމަށް ނުބެލެވޭ ކަމަށާއި އޭނާ އަށް ބަލިޖެހުނީ ރާއްޖެއިން ޕޮޒިޓިވްވީ މީހަކާ ކޮންޓެކްޓު ވުމުން ކަމަށް ބެލެވޭ ކަމަށެވެ. އަދި ބޭރުން އައި މީހާގެ ފަރާތުން އެހެން މީހަކަށް ކުރިން ބަލި އަރާފައިވާކަމަށް ނުބެލެވޭ ކަމަށް ޑރ. ވިދާޅުވިއެވެ.
ޕޮޒިޓިވްވި މީހުންގެ ތެރޭގައި ކަރަންޓީނުން ދޫކޮށްލި މީހަކު ހިމެނޭ
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިރޭ މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް ދެ ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފިއެވެ. މޯލްޑިވްސް މީޓިއޮރޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ދާދި ދެންމެއަކު ވަނީ ރާއްޖޭގެ ދެ ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފައެވެ. އެއީ ށ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ވ. އަތޮޅުން ފެށިގެން ލ. އަތޮޅަށެވެ. މެޓް އޮފީހުން މިރޭ ބުނެފައިވަނީ އެ ސަރަހައްދުތަކަށް މިރޭގެ 19:30 އިން ފެށިގެން 22:30ގެ ނިޔަލަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވައި ޖެހޭނީ ގަޑިއަކު ފަސް މޭލާއި 15 މޭލުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލުގެ ބާރުމިނުގައި ވައި ޖެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ. މެޓް އޮފީހުން ބުނީ، ވިލާގަނޑުގައި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރަމުންދާ ދުވަސްވަރެކެވެ. އެގޮތުން މިއަދުވެސް ވަނީ ރާއްޖޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހިފައެވެ. ދާދި ފަހުން ދ. އަތޮޅަށް ކުރި ވިއްސާރައިގައި އެއަތޮޅު ދަނޑުވެރިކަން ކުރާ ރަށަކަށް ވަނީ ހޮނުވެސް އަޅާފައެވެ.
މޫސުން ގޯސްވެ ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮރޯނާވައިރަސް، ކޮވިޑް-19 ގެ ފުރަތަމަ ކޭސް އައްޑޫއިން ފެނުމާ އެކު، މިއަދުން ފެށިގެން 14 ދުވަހަށް އެ ސިޓީ ލޮކްޑައުން ކުރަން ނިންމާފައިވާކަން އެ ސިޓީގެ ކައުންސިލުން ހާމަކޮށްފި އެވެ. އެކަމާ ގުޅޭ މައުލޫމާތު ދިނުމަށް އައްޑޫ ސިޓީ ކައުންސިލުން އޮންލައިންކޮށް މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ، އައްޑޫ ލޮކްޑައުން ކުރަން ނިންމީ، އެޗްޕީއޭއިން އެގޮތަށް އެންގުމުން ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން 14 ދުވަސް ވަންދެން އާންމުންނަށް ގެއިން ބޭރަށް ނިކުތުން މަނާވާނެ ކަމަށާއި ފިހާރަތަކަށް ނިކުތުން ވެސް މިވަގުތަށް މަނާވާނެ ކަމަށް ސޯބެ ވިދާޅުވި އެވެ. މިއާއެކު އެ ސިޓީއަށް އަރާފޭބުން ވެސް ވަނީ މަނާކޮށްފައި ކަމަށް މޭޔަރު ވިދާޅުވި އެވެ. އައްޑޫ ސިޓީއިން ކޮވިޑަށް މީހަކު ޕޮޒިޓިވްވިކަން އެނގުނީ، އިއްޔެ ހެނދުނު އެ ހޮސްޕިޓަލަށް ދިޔަ ހިތުގެ ބައްޔަށް ފަރުވާހޯދާ މީހަކު އިތުރު ފަރުވާ އަށް މާލެ ގެނެސް، އައިޖީއެމްއެޗުން ހެދި ރޫޓިން ޓެސްޓަކުންނެވެ. ބައްޔަށް ޕޮޒިޓިވްވެފައިވަނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ހާލު ސްޓޭބަލް ކަމަށް އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރު ޝަރަފް ސާދާތު ޕްރެސްގައި ވިދާޅުވި އެވެ. ބައްޔަށް ޕޮޒިޓިވްވި މީހާ އަކީ ކ. އަނަންތަރާ ރިސޯޓެއްގައި މަސައްކަތް ކުރުމަށް ފަގު މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހު މާލެއިން އައްޑޫ އަށް ދިޔަ މީހެކެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު ސޯބެ ވިދާޅުވީ މިހާލަތުގައި އޭނާގެ ގައިގައި ކުރީއްސުރެ ބަލި ހުރީކަމެއް ނޫނީ ކޮމިޔުނިޓީ ތެރެއިން ބަލި ޖެހުނީކަމެއް ނޭނގޭ ކަމަށެވެ. ނަމަވެސް އައްޑޫގައި މިހާރު ކޮވިޑްގެ ކޮމިޔުނިޓީ ސްޕްރެޑެއް އެބައޮތްކަމަށް ބެލެވޭ ކަމަށް ސޯބެ ވިދާޅުވި އެވެ. ހޮސްޕިޓަލުގެ މެނޭޖަރު ސާދާތު ވިދާޅުވީ، ބަލިމީހާ އާއި ކޮންޓެކްޓުވި ހަތް ޑޮކްޓަރަކާއި 10 ނަރުހަކު މިހާރު އެކަހެރިކޮށްފައިވާ ކަމަށެވެ. އަދި ބަލިމީހާ މާލެ ފުރުވަން ދިޔަ އޭނާގެ ތިމާގެ މީހުންނާއި ބަލިމީހާ އުފުލުމުގައި ހަރަކާތްތެރިވި ސަޕޯޓް ސްޓާފުންނާއި އެއާޕޯޓުގެ މުވައްޒަފުންވެސް ފާހަގަ ކޮށްފައިވާ ކަމަށް ސާދާތު ވިދާޅުވި އެވެ. "މިހާތަނަށް ފާހަގަވެފައިވޭ ބަލިމީހާ އާ ޑައިރެކްޓުކޮށް ކޮންޓެކްތުވި 26 މީހެއް. އެމީހުންނާ ކޮންޓެކްޓުވި މީހުން ނުވަތަ ސެކަންޑްރީ ކޮންޓެކްޓްސް ދެނެގަތުމަށް ދަނީ މަސައްކަތް ކުރަމުން،" ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާކަން ފާހަގަ ކުރައްވާ ސާދާތު ވިދާޅުވި އެވެ. ބައްޔަށް ޕޮޒިޓިވްވި މީހާގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސާދާތު ވިދާޅުވީ ބަލިމީހާ އެއާޕޯޓަށް ގެންދިޔަ އެމްބިޔުލާންސްގައި އިތުރު ބަލިމީހަކު ހޮސްޕިޓަލަށް ގެނައި ކަމަށެވެ. "އޭރު އަޅުގަނޑުމެންނަކަށް ނޭނގެ އޭނާ ބައްޔަށް ޕޮޒިޓިވްވި ކަމެއް. އެމްބިޔުލާންސްގައި ހޮސްޕިޓަލަށް ގެނައި ޕޭޝަންޓް ދަނީ މިހާރު މޮނީޓާ ކުރަމުން،" އޭނާ ވިދާޅުވި އެވެ. މޭޔަރު ސޯބެ ވަނީ ފާއިތުވި ދުވަސްތަކުގައި ޕޮޒިޓިވްވި މީހާ އާއި ބައްދަލުވި އެއްވެސް މީހަކު ވާނަމަ، އަދި އެ ގެއަށް ގޮސްފައިވާ މީހަކު ހުރިނަމަވެސް އެ މައުލޫމާތު ޓާސްކް ފޯހާ ހިއްސާ ކުރުމަށް އެދިލައްވައިފަ އެވެ. އައްޑޫގައި ކޮމިޔުނިޓީ ސްޕްރެޑެއް އޮތްކަމަށް ބަލާ، އައްޑޫ ސިޓީ ފުލް ލޮކްޑައުން އަކަށް ގޮސްފައިވާއިރު މިހާތަނަށް ރާއްޖެއިން ކޮވިޑްގެ 766 ކޭސް ފެނިފައިވެ އެވެ. އުތުރުގެ ބައެއް ރަށްރަށުންވެސް ކޮވިޑް19 ގެ ކޭސްތައް ފެނިފައިވާއިރު ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަޑުޖައްސާލައިފަ އެވެ. ހާއްސަ ހުއްދައެއްގެ ދަށުން ދަތުރުތައް ކުރެވުނު ނަމަވެސް، އެފަދަ ދަތުރުތައްވެސް ނުކޮށް ފަރުޖެހެން އޮތްނަމަ ދަތުރު ނުކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.
އައްޑޫ ސިޓީ 14 ދުވަހަށް ލޮކްޑައުންކޮށްފި
ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހަކާ ޑައިރެކްޓް ކޮންޓެކްޓުވި މީހަކު ހުރުމުގެ ސަބަބުން، މޮނިޓަރިންގެ ހާލަތަށް ގެންދިޔަ ކ. ކާށިދޫ އާންމު ހާލަތަކަށް ގެނެސްފި އެވެ. ކާށިދޫ މޮނިޓަރިންގް އަށް ގެންދިޔައީ ވެރިރަށް މާލެ އިން ކޮވިޑް-19 އަށް ފުރަތަމަ ޕޮޒިޓިވްވި މީހާއާ ޑައިރެކްޓު ކޮންޓެކްޓުވި މީހަކު އެ ރަށުގައި ހުރުމުން، ސިއްހީ ގޮތުން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށެވެ. އެސްޓީއޯގައި މަސައްކަތް ކުރާ އެ މީހާ ކާށިދޫއަށް ގޮސްފައި ވަނީ މިދިޔަ ހޮނިހުރު ދުވަހު އެވެ. އެސްޓީއޯގެ އިސްވެރިންނާއި އެކު ކުރި އެ ދަތުރަކީ އެ ރަށުގެ ދަނޑުބިންތަކާއި ބެލުމަށާއި ދަނޑުވެރިންނަށް ހުރި ދަތިތައް ބެލުމަށް ކުރި ދަތުރެކެވެ. އެ ޓީމް އެ ރަށުގައި ރޭ ކޮށްފައި ނުވި ނަމަވެސް ގެސްޓު ހައުސެއްގައި ވަނީ މަޑު ކޮށްފަ އެވެ. ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިހާރު ކާށިދޫ އާންމު ހާލަތަކަށް ގެނެސްފައިވާ ކަމަށެވެ. އެހެން ނަމަވެސް އިތުރަށް ބަލަން ޖެހޭ ކަންކަން އަދި ވެސް ބަލަމުން އަންނަ ކަމަށް މަބްރޫކް ވިދާޅުވި އެވެ. މާލެއިން ފުރަތަމަ ޕޮޒިޓިވްވި މީހާ، ޕޭޝަންޓް 21 އަކީ މ. ޖަރީމާގޭގައި ދިރިއުޅެމުން ދިޔަ އަންހެނެކެވެ. އޭނާއަށް ބަލި ޖެހުނުކަން ކަށަވަރުވީ އަންގާރަ ދުވަހު އެވެ. ދެވަނައަށް ޕޮޒިޓިވްވީ، ޕޭޝަންޓް 22 އަކީ އޭނާގެ އެއް އަހަރުގެ ދަރިފުޅެވެ. ތިންވަނަ މީހަކު ޕޮޒިޓިވްކަން އެޗްޕީއޭއިން ހާމަކޮށްފައި ވަނީ އިއްޔެއެވެ. އެއީ، ޕޭޝަންޓް 23 އެވެ. ރޭ ދަންވަރު ޕޮޒިޓިވް ދެ މީހުންނަކީ ޕޭޝަންޓް 23 އާ ސީދާ ބައްދަލުވި ދެ ދިވެހިން ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. އަދި މިިދިޔަ 24 ގަޑިއިރުގެ ތެރޭގައި ފަސް މީހަކު ބައްޔަށް ޕޮޒިޓިވްވެ، މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ އަށަކަށް އަރައިފަ އެވެ. މާލެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް 300 އަށް ވުރެ ގިނަ މީހުން ވަނީ ފާހަގަކުރެވިފައެވެ.
ކާށިދޫ މޮނިޓަރިންގް އިން ނަގައިފި
ނޫސްވެރިކަމުގެ މިނިވަންކަމާއި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން އެކުލަވައިލި ޕްރެސް ފްރީޑަމް އިންޑެކްސްގައި، ރާއްޖެއަށް މިއަހަރު ވެސް ބޮޑު ކުރިއެރުމެއް ލިބިއްޖެ އެވެ. ގާތްގަނޑަކަށް ނުވަ އަހަރަށް ފަހު ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާއަށް ކުރިއެރުމެއް އައިސްފައި ވަނީ މިދިޔަ އަހަރުގަ އެވެ. އެގޮތުން ރާއްޖެ 180 ވަނާގައި އޮތުމަށް ފަހު މިދިޔަ އަހަރު ވަނީ 98 ވަނައަށް އަރައިފަ އެެވެ. އާރުއެސްއެފް އިން މި އަހަރު އިންޑެކްސްގައި ހާމަކުރި ގޮތުގައި ރާއްޖޭގެ ނޫސްވެރިކަން ވަނީ 19 ދަރަޖަ ކުރިއަށް ޖެހިފަ އެވެ. އެއާއެކު ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާ ވަނީ 98 އިން 79 އަށް އަރައިފަ އެވެ. އާރުއެސްއެފް އިން އާންމުކޮށްފައިވާ ރިޕޯޓުގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމާ އެކު ރާއްޖޭގެ ނޫސްވެރިކަން ކުރިއެރުމަށް އާ އުއްމީދުތަކެއް އުފެދިފައިވާ ކަމަށެވެ. އެގޮތުން ނޫސްވެރިކަން މިނިވަން ކުރުމަށް ޓަކައި ރައީސް ސޯލިހުގެ ސަރުކާރުން ކުރައްވާނެ ކަންތައްތަކުގެ މައްޗަށް އެ ރިޕޯޓުގައި އަލިއަޅުވާލާފައިވެ އެވެ. އޭގެތެރޭގައި ޑިފެމޭޝަންގެ ބިލުގެ ވާހަކަ އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އެ ރިޕޯޓާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެއަށް އިތުރު ކުރިއެރުމެއް ލިބުމުން އެކަމާ ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށެވެ. އަދި ރައީސް ސޯލިހުގެ ސަރުކާރުގައި ރާއްޖޭގެ ނޫސްވެރިކަމަށް ބޮޑެތި ކުރިއެރުން ފެނި ދުނިޔޭގައި ބަލައިގަންނަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އެގޮތުގައި ކުރިއަށް ދިޔުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގައި މިއަހަރުވެސް ރާއްޖެއަށް ބޮޑު ކުރިއެރުމެއް
މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން ރައްޔިތުންނަށް ބޭނުންވާ ތަކެތި ޑެލިވަރީ ކޮށްދިނުމަށް، އެމްއެންޑީއެފްގެ އޮފިސަރުން ހަރަކާތްތެރިވާން ފަށައިފިއެވެ. މާލެ ލޮކްޑައުންކޮށް މަގުމައްޗަށް ނުކުތުން މަނާކުރުމާ ގުޅިގެން، މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ވަނީ ފިހާރަތަކުން ކޮށްދޭ ޑެލިވަރީގެ ހިދުމަތަށް ބަރޯސާވާން ޖެހިފައެވެ. ލޮކްޑައުންގެ މި ހާލަތުގައި އާންމުންނަށް ބޭނުންވާ އަސާސީ ކާބޯތަކެއްޗާއި ޒަރޫރީ މުދާ ފިހާރަތަކަށް އޯޑަރު ކުރުމުން ޑެލިވަރީ ކުރުމުގައި ވަނީ ދަތިތައް ދިމާވެފައެވެ. ހާއްސަކޮށް ގިނަ ބަޔަކު އެއްފަހަރާ ބޮޑެތި އަދަދުން އޯޑަރު ދިނުމުން ފިހާރަތަކުން ޑެލިވަރީ ކުރުމުގައި ލަސްކަމެއް ދިމާވެފައިވާއިރު މިކަމުގެ ސަބަބުން ބައެއް ރައްޔިތުން ވަނީ މަގުތަކަށް ނިކުމެ ފިހާރަތައް ދޮށުގައި ކިޔޫވެސް ހަދައިފައެވެ. އެ މައްސަލަ ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުން އަންނައިރު، އެންމެ ގިނަ ބަޔަކު ތަކެތި އޯޑަރުކޮށްފައިިވާ އެސްޓީއޯގެ ޑެލިވަރީތައް ކޮށްދިނުމަށް އެމްއެންޑީއެފް އިން ވަނީ ހަރަކާތްތެރިވާން ފަށައިފައެވެ. ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި އެމްއެންޑީއެފް އިން ވެސް އިސް ރޯލެއް އަދާކުރަމުން އަންނަ ކަމަށާއި، އަދި މިހާރު ރައްޔިތުންނަށް ދިމާވެފައިިވާ ދަތިކަމަށް ލުޔެއް ހޯދައިދިނުމަށް ޑެލިވަރީގެ ހިދުމަތަށް ވެސް ސިފައިން ނުކުމެފައިވާ ކަމަށެވެ. އަދި މިހާރު ކުރިމަތިވެފައިިވާ ހާލަތުން އަރައިގަނެވޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށް ވެސް ޝަމާލް ވިދާޅުވިއެވެ. ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވެސް ވަނީ ޑެލިވަރީގެ ހިދުމަތަށް ސިފައިން ނުކުމެފައިވާތީ އެކަން ފާހަގަކުރައްވައިފައެވެ. ޑެލިވަރީގެ ހިދުމަތަށް ސިފައިން ނުކުމެފައި ވާއިރު، މާލެ ސަރަހައްދުގެ ގޭގެއަށް ބޭނުންވާނެ އަސާސީ ތަކެތި ޑެލިވަރީކޮށްދޭނެ ވޮލަންޓިއަރުން ހޯދަން ވަނީ އިއުލާނުކޮށްފައެވެ. ޑެލިވަރީ ހިދުމަތްތަކަށް މިހާތަނަށް މާލޭ ސިޓީން 439 ފަރާތަކަަށް ހުއްދަ ދީފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) އިން މިއަދު ވަނީ ބުނެފައެވެ. މާލޭގައި ބަލީގެ ކޮމިޔުނިޓީ ސްޕްރެޑެއް އުޅޭކަމަށް ނިންމާފައިވާއިރު މިހަތަނަށް މާލެއިން އަށް މީހަކަށް ބަލިޖެހިފައިވެއެވެ. ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 28 އަށް އަރައިފައެވެ. އަދި މާލެ ސަރަހައްދުގެ ލޮކްޑައުން 14 ދުވަހަށް އިތުރުކުރުމަށް މިހާރު ވަނީ ނިންމައިފައެވެ.
ޔުނީފޯމާއި މާސްކުގައި އެމްއެންޑީއެފް އިން ޑެލިވަރީކޮށްދޭން ނުކުމެއްޖެ
ރާއްޖޭގައި ކޮވިޑް19 ޖެހިފައިވާ މީހުންގެ ތެރޭގައި ގުނާ ކޭސް26 ކޮންފާމްޑް ކޭސްތަކުގެ ތެރެއިން އުނިކޮށްފިއެވެ. މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ދެ ޕްރޮބަބްލް ކޭހެއް މީގެ ކުރިން ގުނި ނަމަވެސް ޑަބްލިއުއެޗްއޯ ކަންޓްރީ އޮފީހާ މަޝްވަރާ ކުރުމަށްފަހު ކޮންފާމްޑް ކޭސްތަކުގެ ތެރޭގައި އެއް ޕްރޮބަބްލް ކޭސް ހިމެނޭތީ، އެ ކޭސް ކޮންފާމްޑް ކޭސްތަކުގެ ތެރެއިން އުނިކޮށްފައިވާ ކަމަށެވެ. "ކޭސް ނަންބަރު 26. އެ ކޭސް އަޅުގަނޑުމެން ކޮންފާމްޑް ކޭސް ތެރެއިން އުނިކޮށްލާފައި، ދެން އަންނަ އާ ކޭސް އަކަށް ކޭސް ނަންބަރު 26 ދޭނަން،" ޑރ. ވިދާޅުވިއެވެ. ޑރ. ނަޒްލާ ވިދާޅުވީ ކޭސް 26 އަދި ދެވަނަ ޕްރޮބަބްލް ކޭސް ވަކިން، އެޗްޕީއޭގެ ކައުންޓްގެ ތެރޭގައި ދެ ޕްރޮބަބްލް ކޭސްގެ ގޮތުގައި ފެނިގެންދާނެ ކަމަށެވެ. "އެހެން ނަމަވެސް އަޅުގަނޑުމެންގެ ޓޯޓަލް ކޭސްތަކުގެ ތެރޭގައި މި ދެ ކޭސް ހިމެނިގެން ދާނެ،" ޑރ. ނަޒްލާ ވިދާޅުވިއެވެ. ޕްރޮބަބަލް ކޭސްގެ ގޮތުގައި ގުނަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮތްނަމައެވެ. ކޭސް26ގެ ފުރަތަމަ ޓެސްޓް ޕޮޒިޓިވްވެ، ދެވަނަ އަދި ތިން ވަނަ ފަހަރު ވެސް ޓެސްޓު ވަނީ ނެގެޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ މީގެ ކުރިން ބުނެފައެވެ. ޕޭޝަންޓް 26 އަކީ، މާލެއިން ފެނުނު ވައިރަހުގެ ފުރަތަމަ ކްލާސްޓާގައި ހިމެނޭ ފަރާތެކެވެ. އުމުރުން 37 އަހަރުގެ އެ އަންހެން މީހާއަކީ، ވައިރަހަށް ޕޮޒިޓިވްވި 42 އަހަރުގެ އަންހެން މީހާ، ކޭސް23 އާ ސީދާ ބައްދަލުވި މީހެކެވެ. ކުރިން ޕޮޒިޓިވްވި، ކޭސް 26 އަކީ ޕްރޮބަބަލް ކޭސްއެއް އިތުރަށް ވިދާޅުވުމަށް ރާއްޖެއިން މިހާތަނަށް ކޮވިޑްގެ 108 ކޭހެއް ވަނީ ފެނިފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފެނުނު ކޭސްތަކުގެ އަދަދު 23 އަށް އަރައެވެ.
ކޮންފާމްޑް ކޭސްތަކުގެ ތެރެއިން ކޭސް 26 ނަގައިފި
މާލޭގައި ބިދޭސީން ދިރިއުޅޭ ތަނެއް ސްކްރީން ކުރި އިރު 14 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ. މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލަ ރަފީގު ވިދާޅުވީ މި 14 ކޭސް ފެނިފައިވަނީ ބިދޭސީން ދިރިއުޅޭ ތަންތަނަށް އެންއީއޯސީގެ ރެޕިޑް ރެސްޕޮންސް ޓީމުތަކުން ގޮސް އެތަންތަނުގައި އުޅޭ މީހުންގެ ފަރާތުން ބަލީގެ އަލާމާތް ފެންނަ ނަމަ، އެމީހުން ޓެސްޓު ކުރަމުން ދަނިކޮށް ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ ގްރޭޓާ މާލެ ސަރަހައްދުގައި ބިދޭސީން ދިރިއުޅޭތަންތަން ހޯދުމަށް ފުލުހުންނާއި މާލެ ސިޓީ ކައުންސިލުން އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެ އޮޕަރޭޝަނުގެ ތެރެއިން ބިދޭސީން އުޅޭ ތަންތަން ދެނެގަނެވިފައިވާ ކަމަށެވެ. "އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރަނީ ރެޕިޑް ރެސްޕޮންސް ޓީމު، އަދި މެޑިކަލް ޓީމުވެސް ހިމެނޭގޮތަށް މިކަހަލަ ތަންތަނަށް ގޮސް ސްކްރީނިން ހަދައި، އެތަންތަނުގައި ބަލީގެ އަލާމަތް ހުރި ބަޔަކު ތިބިތޯބަލާ، އެފަދަ ބަޔަކު ތިބިނަމަ އެމީހުންގެ ސާމްޕަލް ނަގާ ޓެސްޓު ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން،" ޑރ. ނަޒްލާ ވިދާޅުވިއެވެ. މިއަދުވެސް މިފަދަ ތިން ތަނެއް ސްކްރީން ކުރެވިފައިވާ ކަމަށާއި މިއަދު ޕޮޒިޓިވްވި 14 ބިދޭސީންނަކީ މިގޮތުން ސްކްރީން ކުރެވުނު ތަނަކުން ފެނުނު މީހުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. މި 14 މީހުން ދިރިއުޅެނީ އެއްތަނެއްގައި ކަމަށާއި އެމީހުންގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ޑރ. ނަޒްލާ ވިދާޅުވީ ރާއްޖޭގައި ބިދޭސީން ދިރިއުޅެނީ ވަރަށް ތޮއްޖެހިގެން ކަމަށާއި ރާއްޖޭގައި ގިނަ އަދަދެއްގެ އަންޑޮކިޔުމެންޓެޑް ބިދޭސިން އުޅޭއިރު، އެފަދަ މީހުން އެކި ދުވަހު މަސައްކަތްކުރަނީ އެކިތަނުގައިކަމަށާއި މިފަދަ މީހުން ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުކަމަށެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑްގެ 108 ކޭސް ފެނިފައިވާރިރު ބަންގްލަދޭޝްގެ 43 މީހަކު މީގެ ތެރޭ ހިމެނެއެވެ. މާލެއިން އެންމެ ފުރަތަމަ ބައްޔަށް މީހަކު ޕޮޒިޓިވްވީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އެއާއެކު މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފައެވެ. މިހާތަނަށް ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވެފައި ތިބި 1675 މީހަކު ވަނީ ހޯދައިފައެވެ. އެމީހުންނާ ގުޅުންހުރި 217 ތަނެއް މޮނިޓަރިންގ އަށް ލާފައިވާއިރު އައިސޮލޭޝަންގައި 189 މީހުން އަދި ކަރަންޓީންގައި 1546 މީހުން އެބަތިއްބެވެ.
ކޮވިޑް ޖެހުނު 14 ބިދޭސީއަކު ފެނުނީ ބިދޭސީން އުޅޭ ތަނެއް ސްކްރީން ކުރުމުން
ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 ވައިރަސް އާ ގުޅިގެން އިޖުތިމާއީ ދަތިތަކާ ކުރިމަތިވުމުން ކުލި ނުދެއްކި ތިބި ފަރާތްތަކުން ގެއިން ބޭރުކޮށް، މަގުމަތި ވިޔަ ނުދިނުމަށް ކުއްޔަށް ދޭ ފަރާތްތަކުގެ ގާތުން ސަރުކާރުން އެދިއްޖެ އެވެ. ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ އިގްތިސާދީ ހާލަތާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލި އާމްދަނީ ލިބޭނެ މަގު ބަންދުވެ ގިނަ ބަޔަކު ވަނީ ގޮތް ހުސްވެފަ އެވެ. މާލޭގައި ބޮޑު ކުލީގައި ދިރިއުޅޭ ފަރާތްތައް ކުލި ނުދެއްކޭ ހިސާބަށް ވަނީ ކަންކަން ގޮސްފަ އެވެ. އެކަމުގެ ސަބަބުން ގޭގެ ވެރިން އެމީހުން ގޭން ނެރޭ ކަމުގެ މައްސަލަތަކެއް ދަނީ ފެންމަތިވަމުންނެވެ. އެގޮތުން ދާދިފަހުން ގެއެއްގައި އުޅެމުން ދިޔަ ކުޑަ ދެކުދިންނަށް ކުލި ނުދެއްކުމުގެ ސަބަބުން އެދެކުދީން ގެއިން ނެރެލި މައްސަލައެއް ވަނީ ރޭގައި ފެންމަތިވެފަ އެވެ. ކޮވިޑް-19 އާ ގުޅިގެން ފަހުގެ މައުލޫމާތު ދިނުމަށް ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ގޭގެ ކުލި ނުދެއްކިގެން ކުޑަ ދެކުދީން ގޭއިން ނެރެލި މައްސަލައެއް އެނގިފައިވާ ކަމަށާއި އޭގެ އެތައް ކޭސްތަކެއް މާލޭގައި މިވަގުތު އެބައޮތް ކަމަށެވެ. "މިކަހަލަ ލޮކްޑައުން އެއްގައި އޮންނަ ހާލަތެއްގައި އެގޮތަށް އެކަން ކުރީމައި ދެން ވަދެވޭނެ ތަނެއް ނެތި މީހަކު މަގުމަތި ވާން ދޫކޮށް ނުލުން އެއީ ކޮންމެހެން މުހިއްމު ކަމެއް،" މަބްރޫކް ވިދާޅުވި އެވެ. މަބްރޫކް ވިދާޅުވީ، މިފަދަ ދަތި ދަނޑިވަޅެއްގައި ގެތަކުން ކުލި ނެގުމުގައި އެތަނުގައި އުޅޭ މީހުންނަށް ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމަށް އިމާރާތްތަކުގެ ވެރީން ގާތުގައި އެދޭ ކަމަށެވެ. "މި ދަނޑިވަޅުގައި ގައުމުގެ އެންމެން ވެސް ތިބީ ދަތި އުނދަގުލުގެ ހާލަތްތަކެއްގައި މިކަން ކަމުގައި މި ދިމާވާ ދަތިތަކުން އަޅުގަނޑުމެން އެންމެނަށް އަރައިގަނެވޭނީ އެއްކޮށް." އޭނާ ވިދާޅުވި އެވެ.
ކުލި ނުދެއްކިގެން ގެއިން ނެރެ ނުލުމަށް އެދިއްޖެ
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަަޅަމުން ގެންދާ ފިޔަވަޅުތައް ރަނގަޅު ކަމަށާއި ސިޔާސީ އެކި ޕާޓީތަކާއި ފަރާތްތަކުން އެ މަސައްކަތްތައް ބަލައިގަންނަ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. މިހާރު ފެތުރެމުންދާ ވައިރަސް އާ ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިދިކޮޅު ފަރާތްތަކުންގެ ފާޑުކިޔުން ރައްދުވަމުންދާ ވަގުތެއްގައި އެކަމާ ގުޅިގެން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، ރާއްޖެ ޓީވީއަށް ދިން އިންޓަވިއުއެއްގައި މިނިސްޓަރު އިމްރާން ވިދާޅުވީ މިވަގުތު ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ސިޔާސީ ވިސްނުމުން ދުރުވެ ކަމާ ގުޅުންހުރި މާހިރުންގެ އިރުޝާދާއި ލަފާގެ މަތީން ކަމަށެވެ. "ސަރުކާރުން މިއަދު ކުރަމުން ގެންދާ މަސައްކަތަކީ ސިޔާސީ މަސައްކަތެއް ނޫން. މިއީ މިއަދު ދިމާވެފައިވާ ބޮޑު ކާރިސާއިން އަރައިގަތުމަށް ހުރިހާ ރައްޔިތުންނަށް އެންމެ މަންފާ ހުރި ގޮތަށް، އެންމެ ރައްކާތެރިގޮތަށް ކުރަމުންދާ މަސައްކަތް،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ. އެ މަސައްކަތުގައި ސިޔާސީ އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަމާ ގުޅިގެން ސިޔާސީ ބޭފުޅުން، އަދި ވަކިން ހާއްސަކޮށް އިދިކޮޅު ފަރާތްތަކާއެކު ވާހަކަ ދެކެވޭ ކަމަށާއި އެ ފަރާތްތަކުން ވިދާޅުވަނީ ސަރުކާރުން ވަރަށް ރަނގަޅު ފިޔަވަޅުތައް އަޅަމުން ދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެެވެ. "އެބަ ވިދާޅުވީ ސަރުކާރުން އަޅުއްވާ ފިޔަވަޅުތަކަކީ އެބޭފުޅުން ބަލައިގަންނަ ކަންކަންތައް ކަމަށް. އެހެންވީމަ މިކަމުގައި، ޓެކްނިކަލް ޓީމުތަކުގައި ސިޔާސީ ގޮތުން އެކި ބަޔަށް ނިސްބަތްވާ ބޭފުޅުން ތިއްބަވާނެ. އެ ބޭފުޅުންނަށް އެނގިވަޑައިންނަވާނެ މި ނިންމުންތައް ނިންމަނީ ސިޔާސީގޮތުން ތަފާތުކުރުމެއް ބާއްވައިގެން ނޫން ކަމަށް،" އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް، މިނިސްޓަރުގެ އެ ވާހަކަތަށް ވަނީ، އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ބަޔާނެއް ނެރެ ދޮގުކޮށްފަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ބަލައި ނުގަންނަ ކަމަށެވެ. އަދި މިނިސްޓަރު އިމްރާން ދެއްކެވި ވާހަކައަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި އެވާހަކަތައް ކުށްވެރިކުރާ ކަމަށް ވެސް ބަޔާނުގައިވެ އެވެ. ކޯލިޝަނުން ބުނެފައިވަނީ ކޮވިޑް-19 ރާއްޖޭގައި މިހާރު ފެތުރިފައިވާ މިންވަރަށް ފެތުރިގެން ގޮސްފައިވަނީ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކާއި ސަރުކާރުގެ އިހުމާލު އެކަމުގައި އޮތް މިންވަރު ބޮޑުކަމުން ކަމަށް ރައްޔިތުން ގަބޫލުކުރާ ކަމަށެވެ. ކޮވިޑް-19 އިން ރައްކާތެރިވުމުގެ ނަމުގައި ދައުލަތުގެ ފައިސާ އިސްރާފުކޮށް ނަހަމަގޮތުގައި ބޭނުންކޮށް، ކޮރަޕްޝަންގެ އަމަލު ހިންގައި ބޭރުގެ އެކިއެކި ފަރާތްތަކުން ލިބޭ ހިލޭ އެހީއާއި ނަގަމުން ގެންދާ ލޯނުތަކަށް ވާނުވާ ނޭނގޭ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ތުހުމަތުކޮށްފަ އެވެ. އެކަމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ކޮވިޑް އަށް އަޅާ ފިޔަވަޅުތައް ހުރިހާ ސިޔާސީ ޕާޓީތަކުން ބަލައިގަނޭ: އިމްރާން
އދ. މަޖިލިސް (9 މޭ 2020) : ކޮރޯނާ ވައިރަސް "ކޮވިޑް-19" އާ ދެކޮޅަށް މަސައްކަތް ކުރުމަށް ބާރުއެޅުމުގެ ގޮތުން އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރަން އުޅުނު ގަރާރަށް އެމެރިކާ ހުރަސް އަޅައި އެގަރާރު ހުއްޓުވައިފި އެވެ. ފަރަންސޭސިވިލާތުގެ ތާއީދާ އެކު އަރަބި ގައުމެއްކަމަށްވާ ތޫނިސް އިން ހުށަހެޅި އެގަރާރަށް އެމެރިކާ ދެކޮޅު ހެދުމާ އެކު ވީޓޯކޮށްފާނެކަން ކަށަވަރުވުމުން އެގަރާރަށް ވޯޓަށް ނާހައި ވަނީ ދޫކޮށްލައިފަ އެވެ. ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގެ ދެލިކޮޕީ ބުނަނީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި ހަނގުރާމަތައް، ދުނިޔޭގެ ގައުމުތަކުން ކޮވިޑް-19 އާ ދެކޮޅަށް އެކަށީގެންވާ ގޮތެއްގައި ކުރިމަތިލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ހުއްޓުމަކަށް ގެނައުމަށް ގޮވާލާ ކަމުގަ އެވެ. އެގަރާރަށް ހުރަސް އަޅަމުން އެމެރިކާގެ މަންދޫބު ވިދާޅުވެފައި ވަނީ އެގަރާރު އޮތްގޮތް އެމެރިކާ ގަބޫލުނުކުރާ ކަމަށާއި އެއަށް އެމެރިކާ ބޭނުންވާ ބަދަލު ނުގެންނަ ނަމަ ފާސްކުރުމަށް ހުރަސްއަޅާނެކަމުގަ އެވެ. ނަމަވެސް އެގަރާރަށް އެމެރިކާ ގެންނަން ބޭނުންވަނީ ކޮންބަދަލެއްކަން އެގައުމުގެ މަންދޫބު ސާފުކޮށްދީފައެއް ނުވެ އެވެ. އެމެރިކާ ހުރަސްއެޅީ އެ ގަރާރުގައި، ކޮވިޑް-19ގެ މައްސަލާގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ "ޑަބްލިއު.އެޗް.އޯ" ކުށްވެރިކޮށްފައި ނުވުމާއި ކޮވިޑް-19ގެ ޒިންމާ ޗައިނާ އުފުލަންޖެހޭ ގޮތަށް އެގަރާރު ބައްޓަންކުރުމަށް އެމެރިކާ ހުށަހެޅި ހުށަހެޅުންތައް އޭގައި ހިމަނާފައި ނުވާތީ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެމެރިކާ ހުށަހެޅި ހުށަހެޅުންތައް ހިމެނިނަމަ އަނެއްކޮޅުން ޗައިނާއާއި ރަޝިއާއިން އެގަރާރު ވީޓޯ ކުރާނެކަމަށްވަނީ ބެލެވިފައެވެ. ޓްރަމްޕް ކޮވިޑް-19 އަކީ ދުނިޔޭގެ އަމަނާއި ހަމަޖެހުމަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމަށްވިޔަސް ކޮވިޑް-19 އާ ދެކޮޅަށް ގަރާރެއް ފާސްކުރުމުގައި ސަލާމަތީ މަޖިލިސް ވަނީ ނުކުޅެދިފަ އެވެ. ނުކުޅެދިފައިވަނީ ޗައިނާއާއި އެމެރިކާގެ ދެބަސްވުންތަކުގެ ސަބަބުންނެވެ. އެބޯލާ ވައިރަސް އާއި ސާސް ވައިރަސް އާ ދެކޮޅަށް ވެސް އެ ރޯގާތައް ފެތުރުނު ދުވަސްވަރު ސަލާމަތީ މަޖިލީހުން ވަނީ ގަރާރުތައް ފާސްކޮށްފަ އެވެ. ކޮވިޑް-19 އާ ދެކޮޅަށް ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކުރަން އުޅޭތާ ދޮޅުމަސްވަނީ ވެފައެވެ. އެ ގަރާރު ފާސްނުކުރެވިފައިވަނީ ކޮވިޑް-19ގެ ޒިންމާ ޗައިނާގެ ބޮލުގައި އަޅުވަން އެމެރިކާ ކުރާ މަސައްކަތްތަކުގެ ސަބަބުންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ވަނީ ކޮވިޑް-19 ގެ ހަގީގަތް ޗައިނާ އިން ފޮރުވާފައިވާ ކަމަށާ ޑަބްލިއު.އެޗް.އޯއިން އެރޯގާ އާ ދެކޮޅަށް މަސައްކަތް ފަށާފައިވަނީ މާލަހުން ކަމަށް ވިދާޅުވެ ޑަބްލިއު.އެޗް.އޯ އަށް އެމެރިކާ ދޭ ފައިސާގެ އެހީވެސް އެއްކޮށް ކަނޑާލާފައެވެ. އަދި މިހާރު ޓްރަމްޕް ވަނީ ކޮވިޑް-19 އަކީ އޭނާ ދެވަނަ ދައުރަކަށް އިންތިޚާބުވިޔަ ނުދިނުމަށްޓަކައި ޗައިނާއިން އެމެރިކާއަށް ދިން އުދުވާނީ ހަމަލާއެއްކަމަށް ސިފަކުރައްވައި ވަރަށް ހަރުކަށި އިބާރާތުން ޗައިނާއަށް ބަހުގެ ޙަމަލާތައް ދޭން ފައްޓަވާފައެވެ. ޗައިނާ ބުނަނީ ޓްރަމްޕްގެ މަގްސަދަކީ ކޮވިޑް-19 އަކީ ސިޔާސީ ހަތިޔާރަކަށް ހަދައިގެން ކުރިޔަށް އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އެއިން ނާޖާއިޒު ފައިދާ ނެގުންކަމުގައެވެ. އަދި ޓްރަމްޕް މަސައްކަތް ކުރައްވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި އޭނާގެ ސަރުކާރު ނާކާމިޔާބުވެ އެމެރިކާގެ ހަތްދިހަ ހާހަށްވުރެ ގިނަ މީހުން އެރޯގާ މަރުވެ 30 މިލިޔަން މީހުން ގެ ވަޒީފާ ގެއްލުމުން އެކަމުގެ ބަދުނާމު ޗައިނާގެ ބޮލުގައި އަޅުވައިގެން ޒިންމާއިން ރެކިވަޑައިގެން ސިޔާސީ ނާޖާއިރު ފައިދާ ނެގުމުގެ ފުރުސަތެއް ހޯދުން ކަމުގައެވެ. ޗައިނާގެ ރައްދު ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާނުވަނީ ދޮގުތައް ހެދުމުގެ ބަދަލުގައި ކޮވިޑް-19 ކޮންޓްރޯލްކޮށް އެމެރިކާގެ ރައްޔިތުންގެ ފުރާނަތައް ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަށް ޓްރަމްޕަށް ގޮވާލައްވާފައެވެ. ޗައިނާގެ ތަރްޖަމާން ތަޖްރިބާކާރުން ވިދާޅުވާ ގޮތުގައި އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކޭންޕޭން ނިމެންދެން ކޮވިޑް-19 ގެ ޒިންމާ ޗައިނާ ގެ ބޮލުގައި އެޅުވުމުގެ ކޭންޕޭން ޓްރަމްޕްގެ ސަރުކާރުންނާއި އޭނާގެ ރިޕަބްލިކަން ޕާޓީން ކުރިޔަށް ގެންދާނެއެވެ. ނަމަވެސް ބަހުގެ ޙަމަލާތައް ދިނުން ފިޔަވައި އެހެންކަމެއް ޗައިނާއާ ދެކޮޅަށް އެމެރިކާއަށް ނުކުރެވޭނެ ކަމުގައެވެ. އަދި ކޮވިޑް-19 ޖެހިގެން އެމެރިކާގެ އެތަށް ހާސް ބަޔަކު ކޮންމެ ދުވަހަކު މަރުވަމުންދާއިރު އެމެރިކާ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށްވުރެ ކޮވިޑް-19 ގެ ޒިންމާ ޗައިނާ ގެ ބޮލުގައި އަޅުވަން އެމެރިކާ ކުރާ މަސައްކަތް ބޮޑުވެއްޖެނަމަ އެމެރިކާގެ އިހްތިރާމް ދުނިޔޭގައި ގެއްލި އެމެރިކާގެ ރައްޔިތުންގެ މެދުގައި ޓްރަމްޕްގެ މަގްބޫލުކަން ގެއްލުން ފިޔަވައި އެހެންކަމެއް ނުވާނެކަމުގައެވެ. އެމެރިކާވަނީ ކޮވިޑް-19 އަށް ބޭނުންވާ ވެކްސިން އިޖާދުކޮށް އަގުހެޔޮކޮށް އެވެކްސިން ގައުމުތަކަށް ފޯރުކޮށްދިނުމަށް ދުނިޔޭގެ ބޮޑެތި އަދި މުއްސަނދި ގައުމުތަކުން އޮންލައިންކޮށް މިދިޔަ ހަފްތާގައި ބޭއްވި އެހީ ހޯދުމުގެ ކޮންފަރެންސްވެސް ބޮއިކަޓް ކޮށްފައެވެ. (ނޫސްއެޖެންސީތައް)
ކޮވިޑް-19 އާ ދެކޮޅަށް އދ. އިން ފާސްކުރަން އުޅުނު ގަރާރަށް އެމެރިކާ ހުރަސްއަޅައިިފި
ކޮވިޑް 19 އަށް ޓެސްޓު ކުރުމަށް ބޭނުންކުރާ 5000 ޓެސްޓު ކިޓު ލިބިފައިވާކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ. ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ ކޮވިޑަށް ޓެސްޓު ކުރުމަށް ބޭނުންވާ 5000 ކިޓު ރާއްޖެއަށް ލިބިފައިވާ ކަމަށާއި އެ ކިޓުތައް މިހާރު އައިޖީއެމްއެޗުގެ ލެބޯޓްރީ އަށް ފޯރުކޮށްދެވިފައިވާ ކަމަށެވެ. މީގެ އިތުރުން ފުލުހުންގެ އިންޓެލިޖެންސްގައި ބޭނުންކުރާ ޕީސީއާރު މެޝިނެއް ކޮވިޑް19 ގެ ޓެސްޓުތައް ހަދަން ބޭނުންކުރަން ފަށާފައިވާކަމަށް މަބްރޫކު މިރޭ ވިދާޅުވިއެވެ. މަބްރޫކު ވިދާޅުވީ އެ މެޝިނުން ފުރަތަމަ ދުވާލަކު 50 އެއްހައި ޓެސްޓު ހެދޭނެ ކަމަށާއި ކުރިއަށް އޮތްތަނުގައި އެ އަދަދު އިތުރު ވާނެ ކަމަށެވެ. އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ފުލުހުންގެ ފޮރެންސިކް ލެބުގައި މަސައްކަތްކުރާ ޓެކްނޮލަޖިސްޓުންވެސް ކޮވިޑް19 ގެ ޓެސްޓުތައް ހެދުމުގައި ބައިވެރިވާނެ ކަމަށެވެ. ރާއްޖެއިން މިހާތަނަށް 108 މީހަކު ކޮވިޑަށް ވަނީ ޕޮޒިޓިވް ވެފައެވެ. މާލޭގައި ކޮމިޔުނިޓީ ސްޕްރެޑެއް އޮތްކަން އިއުލާނުކޮށް 14 ދުވަހުގެ ލޮކްޑައުން އެއް އިއުލާނުކޮށްފައިވާއިރު އައިޖީއެމްއެޗް ހޮސްޕިޓަލުން މިއަދު ބުނީ އެ ހޮސްޕިޓަލުން މިހާރު 300 ޓެސްޓު ދުވާލެއްގެ މައްޗަށް ހެދޭ ކަމަށެވެ. މީގެ އިތުރުން އިތުރު 10000 ޓެސްޓު ކިޓު ޗައިނާގެ ވިޔަފާރިވެރިއެއްގެ އެހީގައި ލިބޭނެ ކަމަށް އެންއީއޯސީ އިން ވަނީ ބުނެފައެވެ.
އިތުރު 5000 ޓެސްޓު ކިޓު ގެނެސް އިތުރު މެޝިނަކުން ޓެސްޓު ކުރަން ފަށަނީ
މާފަންނުގައި ހުރި ގެއެއްގައި އުމުރުން ދުވަސްވީ އަންހެނަކު މަރުވެވެއްޖެ އެވެ. ފުލުހުން ބުނީ، މާފަންނުގައި ހުރި ގެއެއްގެ ތެރެއިން އުމުރުން 92 އަހަރުގެ ދިވެހި އަންހެނަކު މަރުވެފައި އޮއްވާ ފެނިފައިވާ ފެނިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެކަން ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 10:40 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ އެ މީހާ ނިޔާވީ އޭނާގެ ކުދިންގެ ހާޒިރުގައި ހަމަ އާދައިގެ މަރެއްގެ ގޮތުގައި ކަމަށާއި މަރުވެފައި އޮއްވައި ފެނުނީ ނޫން ކަމަށެވެ. ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އޭނާގެ ހަށިގަނޑުން ޝައްކު ކުރެވޭ އަލާމާތެއް ނުފެންނަ ކަމަށެވެ. އަދި އެއީ ގުދުރަތީ މަރެއް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.
މާލޭގައި އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ
އައްޑޫއިން މާލެ ގެނައި ބަލި މީހަކު ކޮރޯނާވައިރަސް، ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. އައްޑޫ ޓާސްކް ފޯހުގެ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، އައިޖީއެމްއެޗަށް ރެފާކޮށް ރޭގެ ވަގުތެއްގައި ފޮނުވާލި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެޗްޕީއޭއިން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އައްޑޫ ސިޓީ މޮނީޓަރިންގެ ހާލަތަށް ގެނެސް، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އެ ސިޓީގައި ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ މެނޭޖޭރު ސާދާތް ޝަރަފު "ސަން" އަށް ވިދާުވީ، ހިތުގެ މައްސަލައެއް ހުންނަ އެ މީހާ ހޮސްޕިޓަލަށް ގެނައީ، އިއްޔެ ހެނދުނު 8:00 ގައި ކަމަށާއި އޭނާ ގައިން ކޮވިޑަށް ޝައްކު ކުރެވޭ އެއްވެސް ކަހަލަ އަލާމާތެއް ފެނިފައި ނުވާ ކަމަށެވެ. "ހިތުގެ މައްސަލައެއް ދިމާވުމުން އިމަޖެންސީ އިވަކުއޭޝަނެއްގައި ފޮނުވާލީ، މާލެއަށް ރޭ ދަންވަރު 3:00 ހާއިރު. އުސޫލު އޮންނަ ގޮތުން އައިޖީއެމްއެޗަށް އެގޮތަށް ގެންނަ ބަލި މީހުންގެ ސާމްޕަލް ނަގައި، ކޮވިޑަށް ޓެސްޓް ކުރާނެ. އެގޮތަށް ހެދި ޓެސްޓުން އޭނާ ކޮވިޑަށް ޕޮޒިޓިވްވީ،" ސާދާތު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ، މަރަދޫފޭދޫއަށް ނިސްބަތްވާ އެ މީހާއަކީ، މާލެ އަތޮޅުގައި އޮންނަ އަންނަތާރާގެ ރިސޯޓެއްގައި މަސައްކަތް ކުރި މީހެއް ކަމަށެވެ. އަދި އޭނާ އައްޑޫއަށް އައީ މީގެ ދެމަހެއްހާ ދުވަސް ކުރިން ކަމަށް ވެސް ސާދާތު ވިދާޅުވި އެވެ. އައްޑޫއިން ޕޮޒިޓިވްވި މީހާ މަސައްކަތް ކުރަމުން ދިޔަ އަނަންތާރާގެ ދިގު ރިސޯޓުން މިިދޔަ މާޗް 13 ވަނަ ދުވަހު ޓެސްޓުކުރި ބިދޭސީއަކު ކޮރޯނާ ވައިރަަހަށް ޕޮޒިޓިވްވެ އެ ރިސޯޓުން ބައެއް މީހުން އެކަހެރި ކުރި އެވެ. އެހެން ނަމަވެސް، ކޮންޓެކްޓް ޓްރޭސިން އަދި ކުރިއަށް ދާތީ މިކޭސްއާ އެކަމާ ކިހާވަރެއްގެ ގުޅުމެއް އޮތް ކަމެއް އަދި ނޭނގެ އެވެ. އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) "އައްޑޫ ލައިވް" ނޫހަށް ވިދާޅުވެފައި ވަނީ، ބައްޔަށް ޕޮޒިޓިވްވި މީހަކީ މާޗް 10 ވަނަ ދުވަހު ރިސޯޓެއްގައި ވަޒީފާ އަދާކުރުމަށް ފަހު އައްޑޫއަށް އައި މަރަދޫފޭދޫ މީހެއް ކަމަށެވެ. ޕޮޒިޓިވްވި މީހާގެ އުމުރެއް އަދި ކަށަވަރެއް ނޫންނެވެ. ޓާސްކް ފޯސްގެ އޮފިޝަލް ވިދާޅުވީ، މިކަމާ ގުޅޭ ގޮތުން މިއަދު މެންދުރުފަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށާއި އެ ބައްދަލުވުމުގައި މި ކޭސްއާ ގުޅޭ އިތުރު މައުލޫމާތު ހާމަ ކުރައްވާނެ ކަމަށެވެ. މިއީ އައްޑޫ އިން މިހާތަނަށް ޕޮޒިޓިވްވި ފުރަތަމަ މީހާ އެެވެ. އެޗްޕީއޭ އިން މިހާތަނަށް އާންމުކުރި ނަތީޖާ ތަކުން ދައްކާގޮތުން ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ، 744 އެވެ. ތިން މީހަކު މަރުވި އިރު، 20 މީހުން ވަނީ ވައިރަހުން ރަނގަޅުވެފަ އެވެ.
އައްޑޫއިން މާލެ ގެނައި ބަލި މީހަކު ކޮވިޑްއަށް ޕޮޒިޓިވްވެއްޖެ
ޑެލިވަރީ ހިދުމަތްތަކަށް މިހާތަނަށް މާލޭ ސިޓީން 439 ފަރާތަކަަށް ހުއްދަ ދީފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) އިން ބުނެފި އެވެ. މާލެއިން ފެނުނު ކޮރޯނާވައިރަސްގެ ކޭސްތަކާ ގުޅިގެން އިއްޔެ މެންދުރު މާލެ ލޮކްޑައުންކުރުމާއެކު، ކޯބާތަކެއްޗާއި ފިހާރަކަތަކުން މުދާ ގެންގޮސް ދެވޭނެ ފުލުހުން ދޫކުރާ ޚާއްސަ ހުއްދައެއްގެ ދަށުންނެވެ. ހުއްދަ ދިން ފަރާތްތަކުން ފޯނު ނުނެގުމާއި އޯޑަރު ނެގުމަށްފަހު، އޯޑަރު އައުމުގައި ލަސްތަކެއްވާކަމުގެ ކަންބޮޑުވުންތަކެއް އާންމުންދަނީ ކުރަމުންނެވެ. މިއަދު ހަވީރު ދަރުބާރުގޭ، އެންއައިއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، އިއްޔެ ޑެލިވަރީކުރުމުގެ ދަތިތަކެއް އުޅުނު ކަމަށާއި ނަަމަވެސް މިހާރު އެކަން ހައްލު ކުރުމަށް އިތުރު ބަޔަކަށް ހުއްދަ ދީފައިވާ ކަމަށެވެ. "188 ލައިސެންސްއެއް މިއަދާ ހަމައަށް ވަނީ މާލެއިން ދީފައި. ހުޅުމާލޭގައި 222 ލައިސެންސް. އަދި ވިލިމާލޭގައި ލައިސެންސް،" މަބްރޫކު ވިދާޅުވިއެވެ. ޑެރިވަރީ ހިދުމަތްތައް ބުރޫ އަރާފައިވާތީވެ، މިހާރު ބައެއް އާންމުން ދަނީ ފިހާރަތަކުގައި ކިއު ހަދާ ބޭނުންވާ ތަކެތި ގަންނަމުންނެވެ. އެ ފިހާރަތަކަށް މީހުން ވަންނަމުންދަނީ، ފަހަރަކު ވަކި އަދަދަކަށެވެ. މަބްރޫކު ވިދާޅުވީ، އެއީ ރައްކާތެރިގޮތެއް ނޫން ކަމަށާއި އެދުމަކީ، ވީހާވެސް ބޮޑަށް ޑެލިވަރީ ހިދުމަތްތައް މެދުވެރިކޮށްގެން ބޭނުންވާ ތަކެތި ހޯދުން ކަމަށެވެ. ޑެރިވަރީ ހިދުމަތްތަކަށް ބާރުބޮޑުވެގެން ފުލުހުން މިހާރު ވަނީ 24 ގަޑިއިރު އެ ހިދުމަތް ދިނުމުގެ ހުއްދަ ދީފައެވެ. މީގެ ކުރިން އެ ހިދުމަތް ދެވެމުން އައީ ރޭގަނޑު 11:00 އަށެވެ.
ޑެލިވަރީ ހިދުމަތްތަކަށް މިހާތަނަށް 439 ފަރާތަކަަށް ހުއްދަ ދީފި
ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 100 އިން މައްޗަށް އަރައިފިއެވެ. މިއަދު މާލެއިން 23 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައި ވާއިރު، މާލެއިން 89 މީހަކަށް ވަނީ ބަލި ޖެހިފައެވެ. އަދި ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 108 އަށް އަރައިފައެވެ. މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ރޭގެ ޕްރެސް އަށްފަހު 23 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. މާލެއިން މިއަދު ނުވަ މީހަކު ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭއިން ހާމަކުރީ މިއަދު މެންދުރުއެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހީންނާއި ފަސް ބަންގްލަދޭޝް މީހުންނެވެ. މިއަދު ފަހުން ބައްޔަށް ޕޮޒިޓިވްވި 14 މީހުންނަކީ އެއްތަނެންގައި ދިރިއުޅޭ މީހުންނެވެ. އެމީހުން ބައްޔަށް ޕޮޒިޓިވްކަން އެނގުނީ އެމީހުން ދިރިއުޅޭ ތަން ސްކްރީން ކުރުމުންނެވެ. މާލެއިން އެންމެ ފުރަތަމަ ބައްޔަށް މީހަކު ޕޮޒިޓިވްވީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އެއާއެކު މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފައެވެ. މިހާތަނަށް ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވެފައި ތިބި 1675 މީހަކު ވަނީ ހޯދައިފައެވެ. އެމީހުންނާ ގުޅުންހުރި 217 ތަނެއް މޮނިޓަރިންގ އަށް ލާފައިވާއިރު އައިސޮލޭޝަންގައި 189 މީހުން އަދި ކަރަންޓީންގައި 1546 މީހުން އެބަތިއްބެވެ.
ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 100 އިން މައްޗަށް
މުޖުތަމައަށް ނުރައްކާވާ ފަދަ ދީނީ ގޮތުން ހަރުކަށި ފިކުރު ގެންގުޅޭ އަށް މީހެއްގެ ފައިގައި ޓެގު އަޅުވައި ބެލެހެއްޓުމަށް ހައި ކޯޓުން "މޮނިކޮން އަމުރު" ނެރެފައި ވަނީ އެއް އަހަރަށްކަން ހާމަވެއްޖެ އެވެ. އެ އަށް މީހުންގެ މައްޗަށް "މޮނިކޮން އަމުރު" ނެރެފައި ވަނީ، ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުން ހޯމް މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން އެ އަމުރު ހޯދުމަށް ކޯޓްގައި އެދުމުންނެވެ. މި މަހުގެ ހަތް ވަނަ ދުވަހު ހައިކޯޓުން ނެރުނު އެ އަމުރުގެ ކޮޕީއެއް "ސަން"އަށް ލިބިފައިވާ އިރު، އަމުރުގައި ބުނެފައި ވަނީ އަމުރު ތަންފީޒު ކުރަން ފަށާނީ، މޭ 7، 2020 ދުވަހުގެ މެންދުރު 12:30 އިން ފެށިގެން މޭ 7، 2021 ދުވަހުގެ މެންދުރު 12:29 އަށް ކަމަށެވެ. އެ އަމުރު ރައްދުވާ އަށް މީހުންގެ ގައިރު ހާޒިރުގައި ހައި ކޯޓްގެ ތިން ގާޒީއަކު ސޮއި ކުރައްވާ ނެރުއްވާފައިވާ އަމުރުގައި ޓެގު އަޅުވާފައިވާ މީހުން ވަކި ވަގުތުތަކެއްގައި ގެއިން ބޭރަށް ނުދިއުމަށާއި، ހުއްދަ ނެތި މާލެއިން ފުރައިގެން ނުދިއުމާއި ވަކި ސަރަހައްދުތަކަކަށް ނުދެވޭނެ ކަމަށް އެންގުމުގެ ބާރު ފުލުހުންނަށް ވަނީ ދީފަ އެވެ. މީގެ އިތުރުން މާލެއިން ބޭރަށް ދިއުން މަނާކުރުމާއި ހަފްތާއަކު އެއް ފަހަރު ފުލުހުން ކަނޑައަޅާ ދުވަހެއްގައި ފުލުސް ސްޓޭޝަނަކަށް ހާޒިރުވެ ސޮއިކުރަން ޖެހޭ ގޮތަށް ވެސް އަމުރުގައިވެ އެވެ. ޖުމްލަ 16 ނުގުތާގެ އެ އަމުރުގައި އެ މީހުންގެ ޒާތީ ދިރިއުޅުމުގެ ކަންކަން ކަމަށްވާ، ބޭންކް އެކައުންޓްްތަކާއި ފޯނާއި އެހެން ވެސް އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުއްވެއްޖެ ހިދެއްގައި ބެލުމުގެ ބާރުވެސް ފުލުހުންނަށް ވަނީ ދީފަ އެވެ. އަދި އެ މީހުން މުއާސަލާތު ކުރުމާއި މުއާމަލާތް ކުރުން ކޮންޓްރޯލްކުރުމުގެ ބާރު ފުލުހުންނަށް އެ އަމުރުން ވަނީ ދީފަ އެވެ. ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ ރޭ ރާއްޖެ ޓީވީގައި ވިދާޅުވީ މި ދަނޑިވަޅުގައި ވެސް ހަރުކަށި ފިކުރަށް ނިސްބަވްތާ މީހުންގެ ނުރައްކާތެރި ކަންކަން ކުރުމަށް ރޭވި ކަމަށެވެ. އަދި މޮނިކޮން އަމުރަކުން ޓެގް އަޅުވަނީ އެ އޮޕަރޭޝަންތަކުގެ ތެރެއިން ފާހަގަ ކުރެވުނު އަށް މީހަކު ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އިމްރާން ވިދާޅުވީ، ހަރުކަށި ފިކުރުގެ މީހުން ކުރަމުންދާ ކަންކަމަށް އިތުރަށް ސަމާލުކަންދީ، ފުލުހުންނާ ސިފައިން ގުޅިގެން އެ ފިކުރާ ދެކޮޅަށް ވަރަށް ބޮޑަށް މަސައްކަތްކޮށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކޮވިޑްް19 އަށް މުއައްސަސާގެ ސަމާލުކަން ހުއްޓިފައިވީ ނަމަވެސް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަން ޖެހޭ މަސައްކަތް ކުރުން ހުއްޓާނުލާ ކަމަށް އިމްރާން ވިދާޅުވި އެވެ.
ހަރުކަށި ފިކުުރުގެ މީހުން ފައިގައި ޓެގުއަޅުވަނީ އެއް އަހަރަށް
ސިފައިން މިހާރު ހަނގުރާމަ ކުރަމުން ދަނީ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19އާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ. ސިފައިންގެ 128 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދައުލަތުގެ މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި މާރިޔާ ވިދާޅުވީ، މި ބަލިމަޑުކަމުގައި އެންމެ މުހިންމު އެއް މަސައްކަތެއް ކުރަމުން ދަނީ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ކަމަށާއި އެ ތަން ވަނީ ވެސް ޑިފެންސް މިނިސްޓްރީގެ ދަށުގައި ކަމަށެވެ. "އަޅުގަނޑުމެން އެންމެ ބުރަކޮށް ކުރާނެ މަސައްކަތަކީ މިހާރު މިއުޅޭ ކޮވިޑް-19 މި ވައިރަސްއާ ސިފައިންގެ ބޭފުޅުންގެ ބަހުރުވައިން ނަމަ އެ ވައިރަސްއާ ހަނގުރާމަ ކުރުން. އަޅުގަނޑުމެން ހަމަ ރެއާ ދުވާލު މި ކުރަމުން ގެންދާ މަސައްކަތަކީ އެއީ،" މާރިޔާ ވިދާޅުވި އެވެ. ސިފައިންގެ ލަޝްކަރު ހުރިހާ ދިމާލެއްގައި ވެސް ރުކުރުވާލާފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު މާރިޔާ ވިދާޅުވީ، ކޮވިޑް-19ގެ ބަލި މީހުންނާ ވެސް އެންމެ ކައިރިން މަސައްކަތް ކުރާ އެއް ބަޔަކީ ސިފައިން ކަމަށެވެ. އެގޮތަށް މަސައްކަތް ކުރަމުން ދާއިރު ދިވެހި ރައްޔިތުންގެ މިންނެތް ލޯބި އޮހިގެންދާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ސިފައިންގެ އަހަރީ ދުވަހަށް މީހުން ފޮނުވާ ތަހުނިޔާއަށް ވުރެން ގިނައިން، މި ދަނޑިވަޅުގައި އެ ފަރާތްތަކާއި އާއިލާ ތަކުން ވަމުންދާ ގުރުބާނީގެ އަގު ވަޒަންކޮށް ފޮނުވާ މެސެޖު ގިނަ ކަމަށް މާރިޔާ ވިދާޅުވި އެވެ. "ދިވެހި ސިފައިންގެ ރައްކާތެރިކަމަށް މިތާ އެތެރޭގައި އެތައް ބައިވަރު ފިޔަވަޅުތަކެއް އަޅުއްވަމުން ވަޑައިގަންނަވަނީ އެހެންވިޔަސް އަޅުގަނޑުމެން ހަނގުރާމަ މިކުރަނީ ލޮލަށް ނުފެންނަ ވައިރަހަކާ،" މާރިޔާ ވިދާޅުވި އެވެ. ގައުމީ ދިފާއީ ބާރުން ކުރިއަށްއޮތް އަހަރަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ސިފައިންގެ ހިތްވަރު، ޤައުމުގެ ސަލާމަތް" ކަން އެވެ. މިނިސްޓަރު މާރިޔާ ވިދާޅުވީ، ޝިޢާރުން ދޭހަވާ ފަދައިން، ދިވެހި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ގުޅިލާމެހިފައިވަނީ ދިވެހި ސިފައިންގެ ކެރުމާއި ހިތްވަރާކަން ދަނެ، ސިފައިން މިޝިޢާރަށް އަމަލީ ސިފަ ގެންނަމުންދާކަމީ އުފާކުރާ ކަމެއް ކަމަށެވެ.
ސިފައިން މިހާރު ދަނީ ކޮވިޑް-19އާ ހަނގުރާމަ ކުރަމުން: މާރިޔާ
ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ހދ. ކުޅުދުއްފުށީގައި އިއުލާންކޮށްފައިވާ ކާފިއުގެ މުއްދަތު އިތުރުކޮށްފިއެވެ. ކޮވިޑް19 އަށް ޕޮޒިޓިވްވި މީހަކު ކުޅުދުއްފުށި ސިޓީގައި މަޑުކޮށް، އެ ސިޓީގެ ގިނަ އަދަދެއްގެ ބަޔަކާ ކޮންޓެކްޓުވެފައި ވާތީ، ރައްކާތެރިވުމުގެ ގޮތުން އެރަށުގައި ކާފިއު އިއުލާންކުރީ މިދިޔަ އަންގާރަ ދުވަހު މެންދުރުއެވެ. އޭރު ކާފިއު އިއުލާންކުރީ ތިން ދުވަހުގެ މުއްދަތަށެވެ. ނަމަވެސް ކާފިއުގެ މުއްދަތަށް އިތުރު ހަތް ދުވަސް އިތުރުކުރުމުން އަންނަ މަހުގެ އެކަކާ ހަމައަށް އެރަށް އޮންނާނީ ލޮކްޑައުންގައެވެ. ރާއްޖޭގައި ކޮވިޑް ކޮންޓްރޯލް ކުރުމުގެ ގޮތުން ހާލަތަށް ރިޢާޔަތްކޮށް އެއްވެ އުޅުން ހުއްޓުވުމަށާއި އިޖްތިމާއި ގައިދުރުކަން ގާއިމު ކުރުމަށް ފިޔަވަޅު އެޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މިހާރު ވަނީ ކައުންސިލްތަކަށް ބާރުދީފައެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލްއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ކާފިއު އިއުލާންކޮށްފައި އޮންނަ އިރު ހުއްދަ ނެތި ބޭރަށް ނުކުމެ ނޫޅެވޭނެ ކަމަށެވެ. އެހެންކަމުން ކައުންސިލުން ކުރާ އަމުރަށް ނުކިޔަމަންތެރިވާ ފަރާތްތަކާއި މެދު އަދަބެއްގެ ގޮތުގައި މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި 500 ރުފިޔައާއި 5000 ރުފިޔާއާ ދެމެދުގެ ޢަދަދުކަން ޖޫރިމަނާ ފިޔަވަޅު އަޅުމަށް ލިބިދޭ ބާރުގެ ދަށުން ޢަމަލު ކުރަމުގެ އިހްތިޔާރު ލިބިގެންވާކަމަށްވެސް ކުޅުދުއްފުށީ ކައުންސިލުން ބުންޏެެވެ. މިމަހުގެ 15 ވަނަ ދުވަހު ކޮރޯނާ ޖެހިފައިވާ މީހަކު މާލެއިން ފެނުނު ފަހުން 14 ދުވަހަށް މާލެ މިހާރު އޮތީ ލޮކްޑައުންގައެވެ. މިހާތަނަށް ރާއްޖެއިން ކޮރޯނާ ޖެހިފައިވާ 108 މީހަކު ވަނީ ފެނިފައެވެ.
ކުޅުދުއްފުށީގައި ކާފިއުގެ މުއްދަތު އިތުރުކޮށްފި
ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 ވައިރަސްއަށް ޕޮޒިޓިވް ވި ދިވެހީންގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތް ކުރާ މީހެއް ހިމެނޭ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ. މިއަދު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެއާޕޯޓު މީހެއް ހިމެނޭ ކަމަށެވެ. އެހެންނަމަވެސް އެކަމާ ގުޅިގެން އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ކޮވިޑް-19 ވައިރަސް އަށް މިހާތަނަށް މާލެއިން އެކަނިވެސް އަށް މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ވަނީ ބުނެފައެވެ. އެ ވައިރަސް ޖެހުނު މީހުންގެ ފަރާތުން ކޮންޓެކްޓްރ ޓްރޭސިންގެ މަސައްކަތް މިހާރުވެސް ކުރަމުން ދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވަނީ ވިދާޅުވެފައެވެ. މާލެއިން ފުރަތަމަ ޕޮޒިޓިވްވި މީހާ، ޕޭޝަންޓް 21 އަކީ މ. ޖަރީމާގޭގައި ދިރިއުޅެމުންދިޔަ އަންހެނެކެވެ. އޭނާއަށް ބަލި ޖެހުނުކަން ކަށަވަރުވީ އަންގާރަ ދުވަހު އެވެ. ދެވަނައަށް ޕޮޒިޓިވްވީ، ޕޭޝަންޓް 22 އަކީ އޭނާގެ އެއް އަހަރުގެ ދަރިފުޅެވެ. ތިންވަނަ މީހަކު ޕޮޒިޓިވްކަން އެޗްޕީއޭއިން ހާމަކޮށްފައިވަނީ އިއްޔެއެވެ. އެއީ، ޕޭޝަންޓް 23 އެވެ. ރޭ ދަންވަރު ޕޮޒިޓިވް ދެ މީހުންނަކީ ޕޭޝަންޓް 23 އާ ސީދާ ބައްދަލުވި ދެ ދިވެހިން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ. އަދި މިިދިޔަ 24 ގަޑިއިރުގެ ތެރޭގައި ފަސް މީހަކު ބައްޔަށް ޕޮޒިޓިވްވެ، މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ އަށަކަށް އަރައިފައެވެ. ނަމަވެސް ވައިރަސް ޖެހުނު މީހުންގެ ހާލު ރަނގަޅު ކަމަށް ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ.
ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެއާޕޯޓު މީހެއް ހިމެނޭ
ސްޕެނިޝް ފްލޫއަކީ މިދިޔަ ގަރުނުގެ ތެރޭގައި ދުނިޔެއަށް ކުރިމަތިވި އެންމެ ވޭން ބޮޑު ބަލި މަޑުކަމެވެ. އެ ރޯގާގައި އެތައް 50 މިލިއަން މީހަކު ދުނިޔެ ދޫކުރި އެވެ. އެ ބަލިމަޑުކަމުން އަރައިގަނެވުނު ފަހުން، ގަރުނެއް ފާއިތުވީ އިރު، މުޅި ދުނިޔެ މިވަނީ އެއަށް ވުރެވެސް ނުރައްކާތެރި ބަލިމަޑުކަމެއްގެ ތެރެއަށް ވެއްޓިފަ އެވެ. ކުރުކޮށް ބުނާނަމަ މިހާރު ކުރިމަތިވެގެން އުޅޭ ބަލިމަޑުކަން ސްޕެނިސް ރޯގާާއާ ވަރަށް އެއްގޮތެވެ. އެ ރޯގާއިން އަރައިގަންނަން އޭރު އަޅަން ޖެހުނު ފިޔަވަޅުތަކާ މިހާރު އަޅަން ޖެހޭ ފިޔަވަޅުތަކުގައި ވެސް އެއްގޮތް ކަންކަން ވަރަށް ގިނަ އެވެ. ސްޕެނިޝްފްލޫއާ ގުޅިގެން ވެކްސިން އުފައްދައި، ތަފާތު ފަރުވާތަކާއި ބޭސްތައް ހޯދައި އެކި ކޮމިއުނިކޭޝަންސް ސްޓްރެޓަޖީތައް އެކުލަވާލައި ޕަބްލިކް ހެލްތް ނެޓްވޯކްތައްވެސް އެކުލަވާލި އެވެ. ނަމަވެސް ކޮވިޑް-19 އާ ދުނިޔެ ކުރިމަތިލިއިރު އަލުން އަނބުރާ މި ވަނީ އެ ތަޖުރިބާތަކަށް ރުޖޫއަވާން ޖެހިފަ އެވެ. ކޮވިޑް-19 އާ އެކު މީގެ ކުރިން ބަލިތައް ކޮންޓްރޯލް ކުރަން ބޭނުންކުރި ކަރަންޓީނުގެ އުސޫލް އަނެއްކާވެސް ދުނިޔެއިން ވަނީ ބޭނުންކުރަން ފަށައިފަ އެވެ. މިއީ ކޮރޯނާވައިރަސް މައިތިރިކުރަން އޮތް އެންމެ ކާމިޔާބު އެއްހައްލެވެ. އަދި ސްޕެނިޝް ފްލޫގެ ދުވަސްވަރެކޭ ވެސް އެއްގޮތަށް، ބައްޔާ ގުޅޭ ތޯތޯ ވާހަކަތަކާއި ސައިންޓިފިކް އެއްވެސް އަސްލެއް ނެތް ފަރުވާތައް ހުންނަ ކަމަށް ބުނާ އަޑުތައް ވަނީ ގަދަވެފަ އެވެ. ކޮރޯނާވައިރަހާ ދެކޮޅު ހަނގުރާމަ ދޮގު މައުލޫމާތު ހުއްޓުން ވެސް ވަނީ ގޮންޖެހުމަކަށް ވެފަ އެވެ. ސްޕެނިޝް ފްލޫގެ ދުވަސްވަރު އަންހެނަކު ފްލޫ މާސްކެއް ބޭނުން ކުރަނީ -- ނަވާރަ ސަތޭކަ އަށާރަވަނަ އަަހަރު ތަހައްމަލު ކުރި ސްޕެނިޝް ފްލޫގެ ދުވަސްވަރު، ބައްޔަށް ފަރުވާއެއްގެ ގޮތުގައި ފިޔާ ބޭނުންކުރެވިދާނެކަމަށް ބުނެ ތޯތޯވާހަކަތަކުގެ އަޑުގަދަވި އެވެ. އެގޮތަށް، ކޮރޮނާއަށް ފަރުވާއެއްގެ ގޮތުގައި ޑިސްއިންފެކްޓެއް ބޭނުންކުރެވިދާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ވާހަކަ އަޑުނާހަންހެއްޔެވެ؟ ފަންސާސް މިލިއަނަށް ވުރެ ގިނަ މީހުން ސްޕެނިޝް ފްލޫ ޖެހިގެން މަރުވިއިރު އެ ބައްޔަކީ އޭގެ ކުރިން އަޑުއެހި ބައްޔެއް ނޫނެވެ. އެ ބައްޔަށް އޭރު ފަރުވާއެއް ވެކްސިނެއްވެސް ނެތެވެ. ހަމައެފަދައިން މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑަށްވެސް ފަރުވާއެއް ވެކްސިނެއް އަދި ނެތެެވެ. ކޮވިޑް-19 އަކީ މީގެ ކުރިން އިންސާނަކު، އަޑުއެހި ބައްޔެއްވެސް ނޫނެެވެ. މީގެ ކުރިން ސްޕެނިޝް ފްލޫ ފެތުރުނުއިރު ބައްޔަށް ޓެސްޓްކުރުމުގެ ގާބިލްކަމެއް ނުލިބެ އެވެ. އެހެން ނަމަވެސް މިޒަމާނުގެ ސައިންސްގެ ހޯދުންތަކުގެ އަލީގައި ކޮރޯނާވައިރަސްގެ ޖެނެޓިކް ކޯޑް ހޯދައި ބައްޔަށް ޓެސްޓްކުރުމުގެ ގާބިލްކަން ވަނީ ހޯދައިފަ އެވެ. އެހެންކަމުން ބައްޔަށް ގިނައިން ޓެސްޓްކުރި ދެކުނު ކޮރެއާ ފަދަ ގައުމުތައް ވަނީ ކާމިޔާބު ހޯދައިފަ އެވެ. ސްޕެނިޝް ފްލޫގެ ދުވަސްވަރު ލަންޑަންގެ ބަހެއް ޑިސްއިންފެކްޓް ކުރަނީ -- އެހެން ނަމަވެސް ކުރިއެކޭ އެއްގޮތަސް ބަލި ޖެހުމުން ދިފާއުވެވޭނެ ގޮތެއް ނެތް އިރު ބައްޔަށް ފަރުވާއަކަށް ކުރެވޭނެ މާބޮޑު ކަމެއްވެސް ނެތެވެ. އެކަމުގައި އެމެރިކާގެ ރައީސުންގެ ނާގާބިލްކަންވެސް ޝާމިލްވެ އެވެ. ކުރިން ސްޕެނިޝް ފްލޫ ފެތުރުނު ދުވަސްވަރު އެމެރިކާގެ އޭރުގެ ރައީސް ވުޑްރޯ ވިލްސަން ހުންނެވީ ހަނެވެ. މި ދުވަސްވަރު ވެސް ފެންނަނީ ޓްރަމްޕްގެ ނާގާބިލްކަމެވެ. ބަލި އެހާ ބޮޑަށް ނުފުތުރެނީސް ޓްރަމްޕް ވަނީ ކޮރޯނާގެ މައްޗަށް ކާމިޔާބު ލިބުނުކަން އިއުލާންކުރައްވައި އެއީ އާދައިގެ ރޯގާއެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ. ތާރީހު ދިރާސާކުރާ ބޭފުޅުން ފާހަގަ ކުރައްވާ ގޮތުން، ސްޕެނިޝް ފްލޫގައި އެހާ ގިނަ ބަޔަކު މަރުވަމުންދާތީ ކުރީގެ ރައީސް ވުޑްރޯ އެންމެ ފަހަރަކުވެސް ފަބްލިކްގައި އެއްޗެއް ވިދާޅެއް ނުވެ އެވެ. އޭގެ ބަދަލުގައި އެމަނިކުފާނު ބޮޑަށް އިސްކަން ދެއްވީ ފުރަތަމަ ބޮޑު ހަނގުރާމައަށެވެ. ކޮރޯނާއެކޭ އެއްގޮތަށް ސްޕެނިޝް ފްލޫވެސް އައީ ކޮން ގައުމަކުންކަމެއް ސީދާ އޮތީ ނޭނގުމުގެ ތެރޭގަ އެވެ. ބައްޔަށް ސްޕެނިޝް ފްލޫ ކިޔަސް އެބަލި ފެތުރެން ފެށީ ސްޕެއިންއަކުން ނޫނެވެ. ނަމަވެސް އެ ދުވަސްވަރު ސްޕެއިންގައި އެ ބަލި ފެތުރެމުންދާލެއް ގިނަކަމުން އެ ގައުމުގެ ނޫސްތަކުގައި ސްޕެނިޝް ފްލޫ ލިޔަމުން ދިޔުމުމުގެ ސަބަބުން، އެބަސް އާންމުންގެ ތެރޭ ހަރުވީ އެވެ. ނަމަވެސް އެމެރިކާގެ މީޑިއާތަކުން އެ ބައްޔަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ. ސްޕެނިޝް ފްލޫގެ ދުވަސްވަރު މީހަކު މަގު ކުނިކަހަނީ -- އެމެރިކާގެ މިހާރުގެ ސަރުކާރުގެ ކަމަކީ ވެސް، ކޮރޯނާވައިރަހަކީ ޗައިނާއިން އައި ބައްޔެއްތޯ ނޫނީ އެހެންގައުމަކުން ފެތުރެންފެށި ބައްޔެއްތޯ ބަލައި އެއް ބަޔަކު އަނެއް ބަޔަކު ކުށްވެރި ކުރުމެވެ. ކޮރޯނާވައިރަހާ އެއްގޮތަށް ސްޕެނިޝް ފްލޫއަކީވެސް ނޭވާލާ ނިޒާމަށް ޖެހުނު ބައްޔެކެވެ. އެ ބަލިވެސް ފެތުރެން ފެށީ ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް ވާސިލްވެގެންނެވެ. ބަލި ޖެހުމުން ބަލި ކޮންޓްރޯލްކުރަން އޭރުވެސް ބޮޑަށް އިސްކަންދިނީ މާސްކްފަދަ ތަކެތި އެޅުމާއި ގައިދުރުވުމާއި އަތް ދޮވުން ފަދަ ކަންތައްތަކަށެވެ. ކޮރޯނާ ވައިރަސްގައި އާންމުކޮށް މަރުވަނީ ދުވަސްވީ މީހުންނާއި ތަފާތު ބޮޑެތި ބަލިތައް ތަހައްމަލުކުރަމުންދާ ދިފާއީ ބާރު ދަށް މީހުންނެވެ. ނަމަވެސް ސްޕެނިޝް ފްލޫ އެންމެ ނުރައްކާތެރިވީ 20 އަަހަރާއި 40 އަހަރުގެ މީހުންނަށެވެ. އެދުވަސްވަރު އެ ރޯގާގައި މީހުން މަރުވަމުން ދިޔައީ، ފުރަތަމަ ބޮޑު ހަނގުރާމައިގައި އެންމެ ވަރުގަދަ ކުރިމަތިލުންތަކުގައި މީހުން މަރުވާހާ ގިނައިންނެވެ. އެގޮތުން ބަލީގައި ފުއްޕާމޭ ދިޔައީ ވަރަށް ބޮޑަށް ހަލާކުވަމުންނެވެ. ސްޕެނިޝް ފްލޫ ޖެހިގެން މަރުވި މީހުންގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްްޕްގެ ކާފަ ފްރެޑްރިޗް ޓްރަމްޕް ހިމެނެ އެެވެ. ބަލިން ރަނގަޅުވި މީހުންގެ ތެރޭގައި ޔޫކޭގެ އިސް ހަނގުރާމަވެރި ލީޑަރުންނާއި އެގައުމާއި ސްޕެއިންގެ ރަސްގެފާނާއި ފަހުން އެމެރިކާގެ ރައީސްކަން ކުރެއްވި ފްރޭންކްލިން ރޫޒްވެލްޓް ހިމެނިލައްވަ އެވެ. ސްޕެނިޝް ފްލޫގެ ދުވަސްވަރު ސެލޫންތަކުގެ މީހުން މާސްކް ބޭނުން ކުރަނީ -- ކޮރޯނާ ވައިރަސް ޖެހުނު މަޝްހޫރު ބޭފުޅުންގެ ތެރޭގައި އެކި ގައުމުތަކުގެ މިނިސްޓަރުންނާއި ޕާލަމަންޓް މެމްބަރުންނާއި އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ހިމެނެ އެެވެ. ކުދި ކުދި އަވަށްތަކުގައި އުޅުނު މީހުންނާއި ފަގީރުން ވެސް ސްޕެނިޝް ފްލޫގައި މަރުވި އެވެ. އެބަލީގައި އެމެރިކާއިން 675،000 މީހުން މަރުވިއިރު މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްގައި 68،000 އަށް ވުރެ ގިނަ މީހުން ވަނީ މިހާތަނަށް އެމެރިކާގައި މަރުވެފަ އެވެ. ކޮރޯނާއެކޭ އެއްގޮތަށް ސްޕެނިޝް ފްލޫ ޖެހޭ ބައެއް މީހުންގެ ފަރާތުން މާބޮޑު އަލާމާތެއް ނުފެންނައިރު އެމީހުންގެ ފަރާތުން ބަލި އެހެން މީހުންނަށް ޖެހި ވަރަށް ބޮޑަށް ބަލިވި އެވެ. ބައްޔަށް ފަރުވާއެއް އެދުވަސްވަރު ނެތްއިރު ވަރަށް ތަފާތު ތާކުންތާކު ނުޖެހޭ ފަރުވާތައްވެސް ބޭނުންކުރި އެވެ. އޭގެތެރޭގައި އެޕްރޫވްނުކުރާ ބޭސްތަކާއި ވިހަ ގަހެއްގެ މާއްދާތައް ބޭނުންކުރި އެވެ. -- އޭޕީ
ކޮރޯނާވައިރަހާ އެކު ސްޕެނިޝް ފްލޫގެ ހިތި ހަނދާންތަކުގެ ތެރެއަށް
މަސްތުވާތަކެތީގެ މައްސަލައެއްގެ ބަދަލުހިފުމަށް ސައިކަލެއްގައި ރޯކޮށްލައިފިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މަހުގެ 12 ވަނަ ދުވަހު މާލެ އިން ފުރައިގެން ކ. ދިއްފުށްޓަށް ދަތުރުކުރަމުން ދިޔަ ލޯންޗެއްގައި މަސްތުވާތަކެތި ގެންދިޔަ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޮފިޝަލް ވިދާޅުވީ އެ ލޯންޗުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ލޯންޗު ހުއްޓުވީ ކަނޑުމަތިން ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން 24 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލައިގައި ފުލުހުން މީހަކު ހައްޔަރުކޮށްފައި ވަނިކޮށް، މިއަދު އެ ލޯންޗު ދުއްވި ކައްޕިގެ ސައިކަލުގައި ވަނީ ރޯކޮށްލައިފައެވެ. ފުލުހުން ބުނީ އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ފުލުހުން ރަސްމީކޮށް ބުނެފައި ނުވި ނަމަވެސް، ބޮޑަށް ބެލެވެނީ ކައްޕިގެ ސައިކަލުގައި ރޯކޮށްލާފައި ވަނީ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން ކަމަށެވެ.
ޑްރަގް މައްސަލައެއްގެ ބަދަލުހިފަން ސައިކަލެއްގައި ރޯކޮށްލައިފި
އިސްލާމް އާބާދު (21 އެޕްރީލް 2020) : ޕާކިސްތާނުން ފާއިތުވި 24 ގަޑިއިރު ތެރޭގައި އެތައް ސަތޭކަ ބަޔަކު ކޮރޯނާވައިރަސް "ކޮވިޑް-19" އަށް ޕޮޒިޓިވް ވެއްޖެ އެވެ. ޕާކިސްތާނުގެ ސިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރު ތެރޭގައި އެގައުމުން 796 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާ މިއީ ރެކޯޑް އަދަދެއްކަމުގަ އެވެ. މީގެކުރިން 24 ގަޑީއިރު ޕާކިސްތާނުގައި ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވެފައި ވަނީ 200 އާއި 350 އާ ދެމެދުގެ އަދަދެއްގެ މީހުންނެވެ. ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޕާކިސްތާނުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ އެގައުމުގެ ޕްރޮވިންސްތައް ދެބައިކުޅަ އެއްބަޔަށް ފުރަބަންދު ކުރުމެވެ. މިގޮތަށް ދެބައިކުޅަ އެއްބަޔަށް ފުރަބަންދު ކުރަމުންދަނިކޮށް ކޮންޓްރޯލް ނުވެ ޕާކިސްތާނުގެ ހުރިހާ ސަރަހައްދުތަކަކަށް ވަނީ ކޮވިޑް-19 ފެތުރިފަ އެވެ. މިއާއެކު ވެސް ފުރިހަމަ ފުރަބަންދަކަށް ދިޔުމުގެ ބަދަލުގައި ޕާކިސްތާން ސަރުކާރުން ވަނީ ދެބައިކުޅަ އެއްބަޔަށް ފުރަބަންދު ކުރުމުގެ މުއްދަތު މިމަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ. ޕާކިސްތާނުގައި ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 9216 އަށް އަރާފައިވާ އިރު އެ ރޯގާގައި އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ 192 އަށް އަރައިފަ އެވެ. ނަމަވެސް ޕާކިސްތާނުގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ ހަގީގީ އަދަދު މިއަށް ވުރެ ދެގުނަ ނުވަތަ ތިންގުނަ އިތުރުވާނެ ކަމަށް އެގައުމުގެ ސިއްޙަތާ ބެހޭ ތަޖްރިބާކާރުން އަންދާޒާ ކުރައްވައިފަ އެވެ. ޕާކިސްތާނަކީ އަފްޣާނިސްތާން، އިންޑިއާ އަދި ބަންގްލަދޭޝް އެކޭ އެއްގޮތަށް ކޮވިޑް-19 އަށް އެންމެ މަދުން މީހުން ޓެސްޓް ކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ޕާކިސްތާނުގައި ކޮރޯނާ ވައިރަސް ގެ އަލާމާތްތައް ފެންނަ މީހުންގެ ތެރެއިންވެސް ގިނަބަޔަކު ރިޕޯޓް ނުކުރުމާއެކު އެމީހުން އެ ރޯގާއަށް ޓެސްޓްނުކުރެޥޭކަމަށާ ޕާކިސްތާނުގައި ކޮރޯނާ ވައިރަސް ގެ ޕޮޒިޓިވް ހާލަތްތައް ނިސްބަތުން މަދީ އެރޯގާއަށް ޓެސްޓް ނުކުރެވޭތީކަމަށް ރިޕޯޓްތައް ބުނެއެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންޚާން ވަނީ ކޮވިޑް-19 ގެ ނުރައްކާ އެގައުމަށް ވަރަށް ބޮޑުކަމަށް ވިދާޅުވެ އެ ރޯގާގެ ނުރައްކާތެރިކަމުގެ އިންޒާރު އެތަށްފަހަރަކު ރައްޔިތުންނަށް ދެއްވާފައެވެ. މިއާއެކުވެސް ޕާކިސްތާން ސަރުކާރުންވަނީ އިޖްތިމާއީ ގައިދުރުކަން ބަހައްޓާގޮތަށް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ފުރުސަތު ދީފައެވެ. ރޯދަ މަހުވެސް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމާއި މިސްކިތްތަކުގައި ޖަމާއަތުގައި ތަރާވީޙު ކުރުމުގެ ހުއްދަ ޕާކިސްތާން ސަރުކާރުންވަނީ ދީފައެވެ. (ޕާކިސްތާން މީޑީއާ)
ޕާކިސްތާނުގައި 24 ގަޑިއިރު ތެރޭ 800 ވަރަކަށް މީހަކަށް ކޮވިޑް ޖެހިއްޖެ
މުދާވިއްކާއިރު ކަސްޓަމަރުންގެ މެދުގައި ތަފާތު ކުރުންގެންގުޅޭނަމަ އެ ވިޔަފާރިއެއް ޖޫރިމަނާކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެފިއެވެ. އެ މިނިސްޓްރީ އިން މިރޭ ކުރި އިއުލާނެއްގައި ބުނީ ވިޔަފާރިކުރާ ތަނަކުން އެތަނަކުން ވިއްކާ މުދަލެއް ވިއްކުމުގައި، ނުވަތަ ހިދުމަތް ދޭ ފަރާތަކުން އެފަރާތަކުންދޭ ހިދުމަތެއް ދިނުމުގައި، ނަހަމަގޮތެއްގައި ވަކި ފަރާތެއް ތަފާތު ކުރުމާއި، އެފަދަ ގޮތެއްގައި، މުދަލެއް ވަކި ފަރާތަކަށް ނުވިއްކުމާއި ހިދުމަތް ވަކި ފަރާތަކަށް ނުދިނުމަކީ މުދާ ގަންނަ ފަރާތްތަކާ ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ ދެ ވަނަ މާއްދާގެ ދަށުން ކުށެއް ކަމަށެވެ. ކޮވިޑް19 އާއި ގުޅިގެން ވިިޔަފާރި ކުރުމުގައި މީގެ ކުރިން އަމަލު ކުރަމުންދިޔަ އުސޫލަށް ބަދަލު އައިސް ޑެލިވަރީ އަށް ބަރޯސާވެފައިވާއިރު، ރާއްޖޭގައި އުޅޭ ބިދޭސިންނަށް މުދާ ވިއްކުމަށް ބައެއް ފަރާތްތަކުން ދެކޮޅުހަދާކަމުގެ ޝަކުވާ ދަނީ އިވެމުންނެވެ. އަދި ވިޔަފާރި ހިދުމަތްދިނުމުގައި ދިވެހިންނާއި ބިދޭސިން ތަފާތުކުރާކަމުގެ ޝަކުވާވެސް ދަނީ ކުރަމުންނެވެ. އިކޮނޮމިކް މިނިސްޓްރީ އިން މިރޭ ކުރި އިއުލާނުގައި ބުނީ މިހާރުގެ ހާލަތަށް ބަލާއިރު، އޮންލައިންކޮށް މުދާ ވިއްކުމާއި މުދާ ފޯރުކޮށްދިނުމުގެ ހިދުމަތް ދެމުންދާއިރު، ވިޔަފާރިއަކުން ފޯރުކޮށްދޭ ހިދުމަތަކީ، ވަކި ފެންވަރެއްގެ ހިދުމަތެއްކަމަށް ހަގީގަތް އޮޅުވާލައިގެން ބަޔާންކުރުމަކީ މުދާ ގަންނަ ފަރާތްތަކާ ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ އަށްވަނަ މާއްދާގެެ (ނ) ގެ ދަށުން މަނާކަމެއް ކަމަށެވެ. ހަމައެއާއެކު އެނޫނުގެ ދަށުން، މުދަލާ ނުބައްދަލު އަގެއްގައި މުދާ ވިއްކަމުންދާނަމަ، ރާއްޖޭގައި ވަކި ބާވަތެއްގެ ވިޔަފާރި މުދަލެއް އެއިރަކު ލިބެންހުރި ގޮތަކުން، ނުވަތަ ރާއްޖޭގެ އެއިރެއްގެ އިގްތިސޯދީ ހާލަތަށް ރިއާޔަތްކޮށް، މުދަލުގެ އަގު ކޮންޓްރޯލްކުރުމުގެ އިހުތިޔާރު އެ މިނިސްޓްރީއަށް ލިބިގެންވާކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުންޏެވެ. ރާއްޖޭގެ ބާޒާރުގައި ބައެއް އަސާސީ ކާބޯތަކެތީގެ އަގު އުފުލެމުންދާތީ އެ މިނިސްޓްރީ އިން މީގެ ކުރިން ވަނީ ފިޔާ، ބިސް އަލުވި އަދި ރީނދޫ މުގުގެ އަގު ކޮންޓްރޯލުކޮށްފައެވެ. ރާއްޖޭގައި ވިއްކާ ހަނޑޫ، ހަކުރު އަދި ފުށަކީވެސް އެ ގާނޫނުގެ ދަށުން އަގު ކޮންޓްރޯލު ކުރެވިފައިވާ ތަކެއްޗެވެ. މިހާރުގެ ހާލަތަށް ރިއާޔަތްކޮށް ވިޔަފާރިތަކުން ޑެލިވަރީގެ ހިދުމަތްދެއިރު ބައެއް ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެފައިވާކަމީ ރައްޔިތުންގެ ޝަކުވާއެކެވެ. އިކޮނޮމިކް މިނިސްޓްރީ އިން ބުނީ ހިދުމަތް ދިނުމުގައި ވިޔަފާރިތަކުން ތަފާތުކުރާނަމަ އަދި އޮންލައިންކޮށް މުދާ ވިއްކުމާއި މުދާ ފޯރުކޮށްދިނުމުގެ ހިދުމަތް ދެމުންދާއިރު، ވިޔަފާރިއަކުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު އޮޅުވާލާނަމަ އެކަން އީމެއިލް މެދުވެރިކޮށް އެ މިނިސްޓްރީ އަށް ރިޕޯޓު ކުރުމަށް އެދޭކަމަށެވެ. އީމެއިލް އެޑްރެސް އަކީ consumer@trade.gov.mv އެވެ. އިކޮނޮމިކް މިނިސްޓްރީ އިން ބުނީ މުދާ ގަންނަ ފަރާތްތަކާ ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނާ ހިލާފުވާ ކޮންމެ ފަރާތަކަށްވެސް، ކޮވިޑް19 އާ ގުޅިގެން މާލެސިޓީ ލޮކްޑައުން ކުރެވިފައިވާ މުއްދަތުގައި ވިޔަފާރިކުރުމަށް ނުވަތަ މުދާ ޑެލިވާ ކުރުމަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކުރެވޭނެ ކަމަށެވެ. އަދި، މުދާ ގަންނަ ފަރާތްތަކާ ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން، އެ ގާނޫނާ ހިލާފުވާ ފުރަތަމަ ފަހަރު، އެ ފަރާތެއް 100,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު އެ ފަރާތް 100,000 ރުފިޔާއިން ޖޫރިމަނާކޮށް، އެންމެ ގިނަވެގެންހަ މަސް ދުވަހުގެ މުއްދަތަށް ވިޔަފާރިކުރާ ތަން ބަންދުކުރުމަށް އެންގޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުންޏެވެ.
ކަސްޓަމަރުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭނަމަ ފިޔަވަޅު އަޅަނީ
ސިއްހީ ކުއްލި ނުރައްކަލެއްގެ ހާލަތެއްގައި ރާއްޖޭގެ ވެރިރަށް މާލެ ލޮކްޑައުން ކޮށްފައިވާއިރު، މި ދަނޑިވަޅުގެ ހިތްދަތިކަން އެންމެ ބޮޑަށް އިހުސާސް ކުރެވޭ އެއްބަޔަކީ މިވަގުތު ކުޑަކުޑަ ތުއްތު ދަރިފުޅަކަށް އިންތިޒާރުކުރަމުންދާ މާބަނޑު މީހުންނެވެ. ގަވާއިދުން ހޮސްޕިޓަލްތަކަށްގޮސް ޑޮކްޓަރަށް ދައްކާ ހަދަންޖެހޭ ޓެސްޓްތަކެއް ހުރިއިރު، އޭގެތެރެއިން އެތަށް ބަޔަކު ތިބީ މިއަދު މި ވައިރަސްއެއްގެ ޝިކާރައަކަށް ވެދާނެ ކަމުގައި ބިރުހީވެފަ އެވެ. އެ މީހުންގެ ސުވާލަކީ، ބޮޑު ބަލިމަޑުކަމެއް އޮތްއިރު، ރައްކާތެރިކަމާއި އޮމާންކަމާ އެކު ވިހެއުމުގެ ކަންކަން ހިނގައިދާނެ ހެއްޔެވެ؟ ގްރޭޓާ މާލޭ ސަރަހައްދުގައި ވިހެއުމުގެ ކަންކަން ކުރިއަށްދާ މައި ހޮސްޕިޓަލުތަކުން ބުނަނީ އެ ފަރާތްތައް ތިބީ މިފަދަ ކޮންމެ ހާލަތަކަށްވެސް ތައްޔާރަށް ކަމަށެވެ. މިގޮތުން ދުރާލާ މިކަހަލަ ހާލަތެއް މެދުވެރިވެދާނެކަމަށް ތައްޔާރުވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައިކަމުގެ ޔަގީންކަން ހޮސްޕިޓަލްތަކުންދެ އެވެ. ފަރުވާދޭ ގޮތަށް ބޮޑު ބަދަލެއް! އައިޖީއެމް ހޮސްޕިޓަލުގެ ސީނިއާ ކޮންސަލްޓަންޓް އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލޮޖީ އަދި ހެޑް އޮފް ޑިޕާޓްމަންޓް ޑރ.މުހައްމަދު އަސީލް ޖަލީލު ވިދާޅުވީ، ކޮވިޑް19 އާއި ގުޅިގެން މާބަނޑު މީހުންނަށް ފަރުވާދިނުމަށްޓަކައި އާ އިންތިޒާމްތަކެއް ރާވާ ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން، މީގެ ތިން ހަފްތާއެއްހާ ދުވަސްކުރިން މާބަނޑުމީހުންގެ ކޮންސަލްޓޭޝަންތަކުގެ ފްރިކުއެންސީ މަދުކޮށް، ވޯޑްގަ އާއި ޑޮކްޓަރަށް ދައްކަން އަންނަ ފަރާތްތަކަށް އަތްދޮންނަން ދަސްކޮށްދީ އިންފޮމޭޝަން ޝީޓް ހަވާލުކޮށް ސެނިޓައިޒާ ވަނީ ހަވާލުކުރެވިފަ އެވެ. އަދި ފްލޫ ވެކްސިން ނުޖަހާ ތިބި ހުރިހާ ފަރާތްތަކަށް ވެކްސިން ޖެހުމަށް ބާރުއަޅާއިރު މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ، ހޮސްޕިޓަލަށް ނައިސް، ފޯނުން ކޮންސަލްޓޭޝަން ހެދުމަށެވެ. “ފޯން ކޮންސަލްޓޭޝަން ބުކްކުރައްވާ ހުރިހާ ބޭފުޅުންނަށް ކޮންޓެކްޓްކޮށްގެން ކޮންސަލްޓޭޝަން ހަދައިދެން. ވައިބާއިން ބޭސް ސިޓީ ދެން. އެސްޓީއޯ އިން ބޭސް ފޯރުކޮށްދެވޭތޯ މަސައްކަތް ކުރަމުންދަނީ. ރާއްޖެއިން ބޭރަށް ފޮނުވައިގެން ހަދަންޖެހޭ ޓެސްޓްތައް ނޫން އެހެން ހުރިހާ ޓެސްޓްތަކެއް ހެދޭ. ސްކޭންގެ މުއްދަތުތައްވެސް ދުރުކޮށް، އެހެން ނަމަވެސް އާޖެންޓް ނަމަ ވަގުތުން ވަގުތުން ކުރެވޭނެ،" އަސީލް ވިދާޅުވި އެވެ. މިއާ ހިލާފަށް އޭޑީކޭ ގައި މާބަނޑު ދުވަސްވަރު ހަދަންޖެހޭ އެއްވެސް އެޕޮއިންޓްމަންޓެއްގެ ތާރީހަށް ބަދަލެއް ނާދެ އެވެ. ކޮންސަލްޓަންޓް އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލޮޖީ ޑރ. ނަޒްމާ ހަމީދު ވިދާޅުވީ އެ ހޮސްޕިޓަލުންވެސް އެންމެ ފުރަތަމަ ނަގަނީ އޮންލައިން ކޮންސަލްޓޭޝަން ކަމަށެވެ. އެއަށްފަހު ޕޭޝަންޓް އެސެސް ކުރަންޖެހޭ ނަމަ ކޮންމެ ޕޭޝަންޓަކަށްވެސް ވަކި ހާއްސަވަގުތެއް ހަމަޖައްސާ އެ ވަގުތަކަށް ހޮސްޕިޓަލަށް އައުމަށް އެންގެ އެވެ. ސްކޭންއާއި ބްލަޑް ޓެސްޓަށްވެސް ހުރިހާ އެންމެނަށް އެއް ވަގުތެއް ދިނުމުގެ ބަދަލުގައި ވީހާވެސް މީހުން މަދުކުރުމަށްޓަކައި ވަކިވަކި ގަޑިތަކެއްގައި އެޕޮއިންޓްމަންޓްތައް ހަދާދެވެ އެވެ. އަދި މިހާލަތުގައި ހޮސްޕިޓަލަށް އައުމަށް ފާސް ހޯދައިދިނުމުގެ ކަންކަންވެސް ސީދާ އޭޑީކޭއިން ބަލާދެ އެވެ. އައިޖީއެމްއެޗްގެ ބައެއް ހިދުމަތްތަކަށް މެދުކެނޑުމެއް އައިނަމަވެސް މާބަނޑުމީހުން ހޯދާ ލެބޯޓްރީގެ ހިދުމަތްތައް މިހާރުވެސް ލިބެން ހުންނާނެ އެވެ. ވިހެއުމާއި އެމެޖެންސީ މިހާލަތުގައި ވިހަން ކައިރިވެފައިވާ ފަރާތްތަކުން އަމަލުކުރަންވީ ވަކި ހާއްސަ އުސޫލެއް ނެތް ކަމަށް ޑރ. އަސީލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އައިޖީއެމްއެޗުން މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަށް މާބޮޑު ބަދަލެއް ނާންނަ ކަމަށެވެ. ކޮވިޑް19 އާ ގުޅިގެން ހޮސްޕިޓަލުން އަމަލުކުރަންވީ ގޮތް ވަކި ލެވެލްތަކަށް ބަހާލާ ތަރުތީބު ކުރެވިފައިވާއިރު، ކޮވިޑްއަށް ޝައްކުކުރެވޭ ނުވަތަ ޕޮޒިޓިވް މީހެއް ވިހަން އަންނަ ނަމަ، އަމަލުކުރާ އުސޫލު މާޗް މަހުގެ 15ގައި އެކުލަވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. "ކޮވިޑް19 އަށް ޝައްކުކުރެވޭ ނުވަތަ ޕޮޒިޓީވް ޕޭޝަންޓެއް ވިހަން އައިސްފިނަމަ ގައިނޮކޮލޮޖިސްޓްގެ އިތުރުން ކުޑަކުދިންގެ ޑޮކްޓަރާއި، ފުއްޕާމޭގެ ހާއްސަ ޑޮކްޓަރެއް، ހޭނައްތާ ޑޮކްޓަރު އަދި ފިޒިޝަންވެސް ހުންނާނީ ތައްޔާރުގައި. އަދި މި ހާލަތަށް ހާއްސަ ސިޒޭރިއަން ޕްލޭނެއްވެސް ވަނީ ތައްޔާރުކުރެވިފައި. މިކަމާއި ބެހޭ ހާއްސަ ގައިޑްލައިނަށް އަހުލުވެރިކުރުމުގެ ގޮތުން އައިޖީއެމްއެޗުން ވާނީ އެނޫން ހޮސްޕިޓަލްތަކުން 69 ޑޮކްޓަރުންނަށް ޓީއޯޓީވެސް ނަގާދީފައި" އަސީލް ވިދާޅުވި އެވެ. އައިޖީއެމްއެޗްގައި ވިހާއިރު ޕޭޝަންޓް ކައިރީގައި ފިރިމީހާ ނުވަތަ މަންމައަށް ނުހުރެވުނަސް، އެސެސް ކުރާ ގަޑިތަކުގައި ލޭބަރު ރޫމްއަށް ވަދެވޭނެ އެވެ. ކުއްލި ހާލަތުގައި އައިޖީއެމްއެޗްގެ ޕޭޝަންޓެއް ނޫން އެހެން ޕޭޝަންޓެއް އައި ނަމަވެސް، ލޯތްބާއި ގަދަރާއިއެކު ފަރުވާދިނުމުގެ ފުރިހަމަ ޔަގީންކަން ޑރ. އަސީލް ދެއްވި އެވެ. ޑރ. އަސީލް އާއި ޑރ. ނަޒްމާ ވެސް ވިދާޅުވަނީ މިފަދަ ދަޑިވަޅެއްގައި ބަނޑަށް 36 ހަފްތާވުމުން ވިހެއުމުގެ ކަންކަން ކުރިއަށްގެންދަން ބޭނުންވާ ގޮތާއި ބެހޭގޮތުން ކޮންމެ ޕޭޝަންޓެއްވެސް އަމިއްލަ ގައިނޮކޮލޮޖިސްޓާއި މަޝްވަރާކޮށްފައި އޮތުން މުހިންމުކަމަށެވެ. "އެމެޖެންސީގައި ލަސްނުކޮށް ޓްރައިއޭޖަށް ވަޑައިގަންނަވާ. ޓްރައޭޖުން އާންމުކޮށް މިކޮށްލަނީ ހަތަރު ސުވާލެއް. އެފަދަ ކަމެއް ނެތިއްޔާ ޑައިރެކްޓް އެމެޖެންސީ ރޫމުން ފަރުވާދޭނެ. އެކަމަކު 36 ހަފްތާ ޕްލަސް ވެއްޖިއްޔާ ޑައިރެކްޓް ލޭބަރ ރޫމަށް ޕެޝަންޓް ފޮނުވާނެ. ދެން އަޅުގަނޑުމެންގެ އުސޫލަކީ އެ ޕޭޝަންޓެއް އައުމުން ސީދާ އެ ޕޭޝަންޓަކަށް ފަރުވާދޭ ގައިނޮކޮލޮޖިސްޓަށް ގުޅާނެ. އެ ނޫން ޕޭޝަންޓަކަށް އޮން ކޯލްގައި ހުންނަ ގައިނޮކޮލޮޖިސްޓެއް ދުރުވާނެ،" ޑރ. ނަޒްމާ ވިދާޅުވި އެވެ. އެހެންކަމުން ޑޮކްޓަރުންގެ އިރުޝާދަކީ 36 ހަފްތާގެ އެޕޮއިންޓްމަންޓް އެމީހަކު ވިހަން ގަސްތުކުރާ ހޮސްޕިޓަލަކަށް ހެއްދުމެވެ. އޭރުން އެ ޕޭޝަންޓްގެ ހިސްޓްރީ އާއި ރިސްކްތައް ދެނެގަނެވި، ވިހެއުމަށްވާން ޖެހޭ ތައްޔާރީތައް ވުމަށް ވަގުތުލިބެ އެވެ. މީގެއިތުރުން އޭޑީކޭ އިން ބުނާ ގޮތުގައި ކުރިން އޮންނަ އުސޫލުން ކޮވިޑްގެ އެއްވެސް އަލާމާތެއް ނެތްނަމަ ޕޭޝަންޓާއި އެކު އަބަދުވެސް މަންމަ ނޫނީ ފިރިމީހާއަށް ހުރެވޭނެއެވެ. ކުރިންނަމަ ވިހައިގެން ބޭބީ ބޭރަށް ނެރެ ފެމިލީ އަށް ދައްކާލިޔަސް މިވަގުތު އެކަން ދަރިފުޅުގެ ރައްކަލަކަށް ނުކުރެއެވެ. އަދި ވިހެއުމަށްފަހު ހޮސްޕިޓަލްގައި ހޭދަކުރާ ވަގުތުތަކުގައިވެސް ޕޭޝަންޓާއި އެކު މަޑުކުރެވޭނީ ކޮންމެވެސް އެއް ފަރާތަކަށެވެ. އަދި އެފަރާތަށް ހާއްސަ ފާހެއް ދޭއިރު، ގެއިން ބޭނުންވާ ތަކެތި ގެނެސްހެދުމަށްވެސް އެ ފާސް ބޭނުންކުރެވޭނެއެވެ. ހަމައެއާއެކު އެމެޖެންސީއެއް ނުވަތަ ވިހަން ހޮސްޕިޓަލަކަށް ދާންޖެހިއްޖެނަމަ ޕޮލިސް ސާވިސްގެ ހުއްދަ ހޯދުމުގެ ބަދަލުގައި ސީދާ އެމްބިއުލާންސްއަކަށް ގުޅައިގެން އެ ހޮސްޕިޓަލަކަށް ދެވޭނެ ކަމަށް އެ ސާވިސްގެ ފަރާތުން ބުންޏެވެ. ސަމާލުކަން ދޭންވީ މައިމީހާއާއި ދަރިފުޅުގެ ދުޅަހެޔޮކަމަށް ވިހެއުމާއި އަދި މާބަނޑު ދުވަސްވަރު ޑޮކްޓަރުންގެ ފަރާތުން ބޭނުންވާ ހުރިހާ އެހީތެރިކަމެއް ވެދިނުމަށް އެބޭފުޅުން ތިއްބެވީ ތައްޔާރަށެވެ.އެބޭފުޅުން އެދުމަކީ މިވަގުތުގައި މާބަނޑު މީހުންގެ ދުޅަހެޔޮކަމަށް އިތުރަށް ސަމާލުކަންދީ ވީހާވެސް ހާސްވުމާއި ކަންބޮނޑުވުމުން ދުރެވެ ކެތްތެރިކަމާއިއެކު އަމަލުކުރުމެވެ. "އަޅުގަނޑު ދަންނަވާލަން ބޭނުން އެއްވެސް މީހަކު އެމީހުން ހާސްނުކުރައްޗޭ. ހާސްނުވައްޗޭ ކަންބޮޑު ނުވައްޗޭ. އިރާދަކުރެއެވިއްޔާ އަޅުގަނޑުމެން އެ މަސައްކަތުގައި ދެމިތިބީމޭ. ކެތްތެރިކަމާއިއެކު ސިއްޖީ އެހީތެރިން ދެއްވާ ނަސޭހަތް އަޑުއަހާ ވަރަށް ގާތުން ބައްލަވާ ގަބޫލުކުރައްވާށޭ. ކަންބޮޑުވުމެއް އޮތިއްޔާ އަޅުގަނޑުމެންނާ ރީޗްއައުޓްކުރައްވާށޭ" ޑރ.އަސީލް ވިދާޅުވިއެވެ. އެއާއެކު ކަސްރަތުކުރުމާއި، ގެއިން ބެރަށް ނުނުކުމެ ކުޑަދޮރުތައ ހުޅުވާލައިގެން ވިޔަސް ވެންޓިލޭޓް ކުރުމަކީ މުހިންމުކަމެއްގެ ގޮތުގައި އަސީލް ފާހަގަކުރެއްވިއެވެ. އެއާއެކު މާބަނޑު ދުވަސްވަރަކީ ހަށިގަނޑުގެ އިމިއުނިޓީ ސްލޯވާ ދުވަސްތަކެއްކަން ފާހަގަކޮށް ޑރ.ނަޒްމާ ދެއްވާ ނަސޭހަތަކީ ވީހާވެސް ދުޅަހެޔޮ ކާނާ އަދި ދިފާއީ ނިޒާމް ވަރުގަދަ ކުރާ ކާނާ ކެއުމެވެ. "އެއްވެސް ވަރަކަށް ބޭރަށް ނުނުކުންނަންވީ. ގެއަށް ވިޒިޓާސް ނުގެންނަންވީ. 36 ހަފްތާވުމުން ހިނގުން ވެސް މުހިއްމު. އެކަމަކު މި ދަނޑިވަޅުގައި ގޭގައި އެކަންކަންވެސް ކުރަންވީ." ޓްރީ ޓޮޕް ލޮކްޑައުންގައި، ނަމަވެސް އެމެޖެންސީ ހިދުމަތްތައް ދޭނެ! ހުޅުމާލޭގެ ޓްރީޓޮޕް ހޮސްޕިޓަލަކީވެސް ގިނައަދަދަކަށް މާބަނޑުމީހުން ޑޮކްޓަރަށް ދައްކަމުން އަންނަ އެއް ހޮސްޕިޓަަލަށްވާއިރު، ވަކި ގޮތެއް ކަނޑައެޅެންދެން މިވަގުތު ހުރިހާ ހިދުމަތްތަކެއްވެސް ހުރީ މެދުކެނޑިފައެވެ. އެހެންނަމަވެސް އެމެޖެންސީ ހާލަތެއްގައާއި، އަދި ވިހެއުމަށް އަންނަން ބޭނުންނަމަ އެ ހިދުމަތް ހޮސްޕިޓަލްގެ އީއާރް މެދުވެރިކޮށް ލިބޭނެ އެވެ. އަދި ހޮސްޕިޓަލްއަށް ޕޭޝަންޓް ގެންދިއުމަށް އެމްބިއުލާންސްއަށް ގުޅޭނެއެވެ. އަދި ހޮސްޕިޓަލްގައި މާބަނޑުމީހުންނަށް ފަރުވާ ދިނުމުގެ ކަންކަން ކުރިއަށްދަނީ ވަކި ފްލޯއެއްގައި ކަމުން އެހެނިހެން މީހުންނާއި ކޮންޓެކްޓް ވުމުގެ ފުރުސަތު ވަރަށް ކުޑަވާނެ ކަމަށް ސީނިއާ މާކެޓް ރިސާޗް އެންޑް އިންޓެލިޖެންސް އެގްޒެކެޓިވް އަބްދުﷲ އަވްސަމް ވިދާޅުވިއެވެ. "ކޮންމެ މީހެއްވެސް ހޮސްޕިޓަލަށް ވެއްދެނީ ސްކްރީން ކުރެވިގެން، އަދި ޑެލިވަރީ އަށް ވިޔަސް އަންނަ ކޮންމެ ޕޭޝަންޓްއަކާއި އެކު މަޑުކުރެވޭނީ އެންމެ މީހަކަށް. އެހެންކަމުން ޕޭޝަންޓާއި ތުއްތު ދަރިފުޅުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅުގަނޑުމެން މިތިބީ ވަރަށްބޮޑަށް ތައްޔާރުގައި" އަވްސަމް ވިދާޅުވިއެވެ.
ނުރައްކާތެރި މި ހާލަތުގައި މާބަނޑު މީހުން ކިޔާލަން!
ކޮރޯނާ އަށް ޕޮޒިޓިވްވީ އުމުރުން 80 އަހަރުގެ މީހާގެ ހާލު ސީރިއަސް ކަމަށް ޑޮކްޓަރުން ބުނެފިއެވެ. ނެޝަަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރު މޫސާ ހުސައިން ވިދާޅުވީ އުމުރުން 80 އަހަރުގެ މީހާ އަކީ ސްޓްރޯކެއް ޖެހުމުގެ ސަބަބުން ދެ އަހަރު ވަންދެން އެނދުމަތިކޮށްގެން ފަރުވާ ދެވިފައިވާ މީހެއް ކަމަށާއި އޭނާގެ އިތުރު ބަލިތައްވެސް އެބަހުރި ކަމަށެވެ. "އަޅުގަނޑުމެން އެންމެވެސްވެސް [ދެކެން ބޭނުންނުވި] ދުވަސް މިއަދު މި އައީ. ޑީއެޗް 11 ގައި މިވަގުތު 80 އަހަރުގެ ފިރިހެން ބޭފުޅެއް އެޑްމިޓް ވެފައި މިއޮތީ. ބަލި މީހާ އަކީ ދެ އަހަރު ވަންދެން ސްޓްރޯކެއްގެ ސަބަބުން އެނދުމަތި ވެފައިވާ މީހެއް،" ޑރ މޫސަ ވިދާޅުވީ އޭނާގެ އިތުރު ބަލިތައްވެސް އެބަހުރި ކަމަށާއި އޭގެ ތެރޭގައި ހަކުރުބަލި، ލޭމައްޗަށް ދިޔުން، ކޮލެސްޓްރޯލް މަތިވުން، ކާއެއްޗެހި ނޭވާ ހޮޅިއަށް ގޮސްގެން ނިޔުމޮނިޔާ ޖެހިގެން ހޮސްޕިޓަލުގައިވެސް އެކިފަހަރުމަތިން އޭނާ އެޑްމިޓްކޮށްފައިވާނެ ކަމަށެވެ. "80 އަހަރުގެ މީހަކަށްވެފައި އެކިކަހަލަ ބަލިތައް ތަހައްމަލު ކުރާ މީހަކަށް ވާތީވެ، މިކަހަލަ ބައްޔެއްގައި ވަރަށް ބޮޑަށް ހާލު ދަށްވެގެން ހިނގައިދާނެ މީހެއް ކަމަށް ބެލެވެނީ،" ޑރ. މޫސަ ވިދާޅުވިއެވެ. ޑރ. ވިދާޅުވީ އޭނާ އެޑްމިޓްކުރި އިރު އޮކްސިޖަން ހުރީ 94 ޕަސެންޓުގައި ކަމަށާއި އެ އުމުރުގެ މީހެއްގެ އޮކްސިޖަން ނޯމަލްކޮށް ހުންނާނީ 98 ގައި ކަމަށެވެ. "94 ވެސް އަޅުގަނޑުމެން މި ބުނަނީ އެއީ ވާނިން ސައިން އެކޭ. ބޮޑަށް ހާލަތު ގޯސްވެގެން ހިނގައިދާނެ އޭނާގެ،" ޑޮކްޓަރު ވިދާޅުވިއެވެ. ދުވަސްވީ މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމުން ދޭހަވަނީ މާހައުލު ތެރޭގައި ބަލި ފެތުރިފައި އޮތްކަން ކަމަށާއި ދުވަސްވީ މީހުންގެ ފަރާތުން އަލާމާތްތައް ފެނިއްޖެނަމަ ވަރަށް ބޮޑަށް ބަލަންޖެހޭނެ ކަމަށެވެ. "ބައެއް ކަހަލަ އަލާމާތްތަކަކީ ވޯނިން ސައިންސް. އެއީ ހުން އައިސްފައި، ކެއްސާފަ ނޭވާ ކުރުވެފަ، މިކަހަލަ ސައިންސް ހުންނަ ނަމަ އެޗްޕީއޭގެ ލަފާ ހޯދަންވާނެ،" ޑރ މޫސަ ވިދާޅުވިއެވެ. މިފަދަ މީހުންގެ ކަންތައް ކޮށްދޭ މީހުންނަކީ، ބަލި މީހާ ކައިރިއަށްދާއިރު ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޑޮކްޓަރު އިލްތިމާސް ކުރެއްވިއެވެ. އެގޮތުން އަތްދޮވެ، މާސްކު ބޭނުންކުރުމަށް ޑޮކްޓަރު އިލްތިމާސް ކުރެއްވިއެވެ. ރާއްޖެއިން މިހާތަނަށް ޖުމްލަ 83 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.
އުމުރުން ދުވަސްވީ މީހާގެ ހާލު ސީރިއަސް
ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމުގެ ސަބަބުން ސަސްޕެންޑް ވެފައިވާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ޝަރުއީ ނިޒާމުގެ ތެރެއިން ހައްލެއް ހޯދައިދިނުމަށްޓަކައި ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފިއެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހުބުގެ ގާނޫނުގައި ބުނާގޮތުން، ސީއެސްސީ މުވައްޒަފަކު ކައުންސިލަކަށް ކުރިމަތިލައިފިނަމަ، އެމީހަކު އެ އިންތިހާބަކަށް ކުރިމަތިލާ ތާރީހުން ފެށިގެން އެމީހަކު ހުރި ސިވިލް ސާވިސްގެ ވަޒީފާއިން މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް ސަސްޕެންޑްވާނެ އެވެ. ކޮވިޑް-19އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު އިލެކްޝަންސް ކޮމިޝަނުން ވަނީ ކުރިން މިމަހު ހަތަރު ވަނަ ދުވަހު ބޭއްވުމަށް ތާވަލުކުރި އިންތިހާބު މި މަހުގެ 18އަށް ފަސްކޮށްފަ އެވެ. ނަމަވެސް ގާނޫނެއް ފާސްކޮށްގެން އަންނަ އަހަރުގެ ޖެނުއަރީ މަހަށް އިިންތިހާބު ފަސް ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ދަނީ ކުރަމުންނެވެ. އެހެންކަމުން، މިފަހަރުގެ އިންތިހާބަށް ކުރިމަތިލި ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަން އެ މުއްދަތަށް އިތުރުވެ ގެއްލުންވާނެތީ އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސިވިލް ސާވިސްގެ މުވައްޒަފުންގެ ސަސްޕެންޝަންގެ މައްސަލައަށް ހައްލެއް ހޯދަން އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ މިހަފްތާގައެވެ. ހައިކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް މިރޭ "ސަން" އަށް ވިދާޅުވީ މައްސަލަ ބަލައިނުގަންނަން ކޯޓުން ނިންމީ، އެ މައްސަލަ ބެލުމުގެ އިހްތިސޯސް އެ ކޯޓަށް ލިބިގެން ނުވާތީ ކަމަށެވެ. ކައުންސިލް އިންތިހާބު ފަސްކުރަން ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިިވާ ބިލުގައި ބުނާގޮތުން އެ ބިލު ފާސްވެ، ގާނޫނަކަށް ވުމާއެކު، އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފައިވާ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ސިވިލް ސާވިސްގެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްކޮށްފައި އޮތް އޮތުން ބާތިލުވާނެއެވެ. ސަސްޕެންޝަން ބާތިލުވުމާ އެކު އެ މީހުން ކުރިން ތިބި މަގާމަށް އަނބުރާ ރުޖޫއަވާނެއެވެ. ނަމަވެސް އެމީހުން ސިވިލް ސާވިސްގެ ވަޒީފާއަށް ރުޖޫއަވާ ހިސާބުން ފެށިގެން، އަލުން ސަސްޕެންޑްކުރެވެންދެން، އިންތިހާބާ ގުޅޭ ގޮތުން ކެމްޕޭންކުރުމުގެ އެއްވެސް ހަރަކާތެއް އެ މީހުން ކުރިއަށް ގެންގޮސްގެންނުވާނެއެވެ. ނަމަވެސް އެ ބިލު ރައްޔިތުންގެ މަޖިލީހުން އަދި ފާސްކޮށްފައެއް ނުވެއެވެ.
އިހްތިސޯސް ނެތް ކަމަށް ބުނެ، މުވައްޒަފުން ސަސްޕެންޑުވާ މައްސަލަ ހައި ކޯޓުން ބަލައިނުގަތް
މާލެ ލޮކްޑައުން ކުރުމުގެ ސަބަބުން، މަގުމަތިވެ ދައުލަތުން ވަގުތީ ހިޔާގައި ބަލަހައްޓަމުން ދިޔަ ބަންގްލަދޭޝްގެ ތިން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ. ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރު ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިއަދު ރާއްޖެއިން ފެނުނު ކޮވިޑްގެ ކޭސް 76، 77 އަދި 78 އަކީ އަންޑޮކިޔުމެންޓެޑް ބިދޭސިން ކަމަށާއި އެމީހުން ތިބީ ތާޖުއްދީން ސްކޫލުގައި ކަމަށެވެ. "އެމީހުން މިއަދު ފުރަމް އޮތީ. އޭގެ ކުރިން އެމީހުންގެ ޓެސްޓު ކުރީ ބަލި ހުރިތޯ ބެލުމަށް. އެގޮތުން ޓެސްޓު ކުރުމުން ފާހަގަވި ތިން މީހުން ވަނީ،" ޑރ ވިދާޅުވިއެވެ. މާލޭގައި އުޅޭ ބިދޭސިންގެ ތެރެއިން ތޮއްޖެހިފައިވާ ތަންތަނުގައި އުޅޭ މީހުންނާއި ބޯހިޔާވަހިކަމެއް ނެތްމީހުންނަށް ޖެންޑާ މިނިސްޓްރީ އިން ދަނީ ތާޖުއްދީން ސުކޫލުގައި ވަގުތީ ހިޔާވަހިކަން ފޯރުކޮށްދެމުންނެވެ. އަދި ބޯހިޔާވަހިކަމެއް ނެތް ދިވެހިންނަށް އިމާދުއްދީން ސުކޫލުގައި ދަނީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންނެވެ. މި ތިން މީހުންނަކީ މީގެ ކުރިން ޕޮޒިޓިވްވި މީހަކާ ގުޅުންހުރި ބަޔެއް ކަމެއް ޑރ. ވިދާޅެއް ނުވެއެވެ. ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން 68 މީހަކު މިއަދު ވަނީ އެގައުމުގެ އަސްކަރީ މަތިންދާބޯޓެއްގައި ގައުމަށް ފުރައިފައެވެ. އޭގެ ތެރޭގައި އަންޑޮކިޔުމެންޓެޑް މީހުންވެސް ހިމެނެއެވެ. މި މީހުން ރާއްޖެއިން ފުރުވާލާފައިވަނީ ކޮވިޑަށް ޓެސްޓު ކުރުމަށްފަހުއެވެ. މިހާތަނަށް ބަންގްލަދޭޝްގެ 24 މީހަކު ރާއްޖެއިން ޕޮޒިޓިވްވެފައިވާއިރު ރާއްޖެއިން ޖުމްލަ 83 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.
މަގުމަތިވި ބަންގްލަދޭޝްގެ ތިން މީހަކު ޕޮޒިޓިވްވި
ވިލާގެ މުވައްޒަފުންނަށް ކުރިއަށް އޮތް ތިން މަހު މުސާރައިގެ ގޮތުގައި ކޮންމެ މަހަކު ދެވޭނީ 1000 ރުފިޔާވަރުކަމަށް އެ ކުންފުނިން ބުނެފިއެވެ. ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީން ވިލާގެ އެކި ޑިޕާޓްމަންޓްތަކާއި ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެޑްރެސްކޮށް ނެރުނު ސާކިއުލާއެއްގައި ބުނީ ކޮރޯނާ ވައިރަސްއާއެކު ރިސޯޓްތައް ބަންދުވެ އަމްދަނީ އެއްކޮށް ހުއްޓިފައިވާ ކަމަށެވެ. ވިލާއިން ބުނީ އެކުންފުންޏަށް ލިބިފަިއވާ އެއްވެސް އާމްދަނީއެއް ބޭންކްތަކުގައި ނޫނީ އެނޫންވެސް އެއްވެސް ގޮތަކަށް ރައްކާކޮށްފައި ނުބަހައްޓާ ކަމަށެވެ. އޭގެ ބަދަލުގައި ވިޔަފާރީގެ ނަފާއިން ހޭދަކުރީ އިންސާނީ ވަސީލަތް ތަރައްގީކޮށް ސިއްހީ ދުޅަހެޔޮކަމާއި ތައުލީމީ ރަނގަޅު ޖީލެއް ބިނާކޮށް ވިޔަފާރި އިތުރަށް ފުޅާކޮށް އިންސާނީ ވަސީލަތް އިތުރަށް ތަރައްގީކުރުމަށް ޓަކައި ކަމަށެވެ. ވިލާއިން ހިންގާ ފަސް ރިސޯޓްގެ ތެރެއިން ތިން ރިސޯޓް މިހާރު އޮތޯ ބަންދުކޮށްފައެވެ. އަދި އަނެއް ދެ ރިސޯޓް ކަަރަންޓީނު ފެސިލިޓީއަކަށް ދޫކުރިއިރު އެދެތަންވެސް ދޫކުރީ ހިލޭކަމަށް ވިލާއިން ބުންޏެވެ. މިދިޔަ މަހު ލިބުނު އާމްދަނީ ކިތަންމެ ދަށް ނަމަވެސް މިދިޔަ މަހުގެ މުސާރައާ އިނާޔަތްތަކުން އެއްވެސް އަދަދެއް ދަށް ނުކުރާ ކަމަށް ވިލާއިން ބުންޏެވެ. "އެހެން ނަމަވެސް ރިސޯޓްތަކުން އެއްވެސް އާމްދަނީއެއް ލިބޭެގޮތެއް ނެތް މި ހާލަތުގައި ކުރިން ކަނޑައެޅިފައިވާ ގޮތަށް މި ހިނގާ އޭޕްރީލް އިން ފެށިގެން މުސާރަ ވަކި ވަރަކަށް އުނިކޮށްގެންވެސް ދެވޭނެ ގޮތެއް ނެތުމާއެކު އޭޕްރީލް، މޭ އަދި ޖޫން މަހު މުސާރައިގެ ގޮތުގައި ދެވޭނެކަމަށް މި ބެލެވެނީ ކޮންމެ މުވައްޒަފަކަށްވެސް 1000 ރުފިޔާއެވެ." ވިލާގެ ސާކިއުލާގައި ވެއެވެ. ޖޫން މަހު ރިސޯޓް އޮޕަރޭޝަނަަށް ނުގެނެވި އާމްދަނީ ލިބޭނެގޮތެއް ނުފެނިއްޖެނަމަ މުވައްޒަފުންގެ ވަޒީފާއާ މެދު ގޮތެއް ނިންމާނެކަށްވެސް ސާކިއުލާގައިވެއެވެ. "މި ގޮތަށް ނިންމިކަމުގައި ވިޔަސް އެއްވެސް ގޮތަކުން ފައިސާ ލިބޭނެގޮތް ހަމަޖެހި މިހާރު ކަނޑައެޅިފައިވާ އަދަދު އިތުރުކުރެވޭނެ ގޮތެއް ފެނިއްޖެނަމަ މުސާރަ ދޭނީ އެގޮތަށް އިތުރުކޮށްފައި ކަމުގައި ދަންނަވަމެވެ." ސާކިއުލާގައި ވެއެެވެ.
ވިލާގެ މުވައްޒަފުންނަށް ކުރިއަށް އޮތް ތިން މަހު ލިބޭނީ 1000 ރުފިޔާ
މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ މި ދަނޑިވަޅުގައި ގޭގެއަށް ބޭނުންވާނެ އަސާސީ ތަކެތި ޑެލިވަރީކޮށްދޭނެ ވޮލަންޓިއަރުން ހޯދަން އިއުލާނުކޮށްފިއެވެ. މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވާމަންޓުން މިއަދު ވަނީ ވޮލަންޓިއަރުންގެ ގޮތުގައިި މަސައްކަތްކުރާނެ މީހުން ހޯދުމަށް އިއުލާނުކޮށްފައެވެ. މިނިސްޓްރީ އިން ބުނީ މާލެ ސަރަހައްދުގެ ގޭގެއަށް ފިހާރަތަކުން ތަކެތި ޑެލިވަރީކުުރުމުގައި ހުރި ދަތިތައް ހައްލު ކުރުމަށް ޑެލިވަރީގެ މަސައްކަތުގައި އުޅޭނެ ވޮލަންޓިއަރުން 7335426 އަށް އެސްއެމްއެސް ކުރުމަށް އެދޭ ކަމަށެވެ. ކޮވިޑްގެ ކޭހެއް ބުދަ ދުވަހު މާލެއިން ފެނުމާޢެކު އެދުވަހުގެ މެންދުރުން ފެށިގެން މާލެ ވަނީ ލޮކްޑައުން ކޮށްފައެވެ. ލޮކްޑަައުންގެ މުއްދަތު އިތުރު 14 ދުވަހަށް ދަންމާލުމަށް އެޗްޕީއޭ އިން މިހާރު ނިންމާފައިވާއިރު ގެއިން ބޭރަށް ނުނިކުމެ ގޭގައި ތިބުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ. ލޮކްޑައުންގެ މި ހާލަތުގައި އާންމުންނަށް ބޭނުންވާ އަސާސީ ކާބޯތަކެއްޗާއި ޒަރޫރީ މުދާ ފިހާރަތަކަށް އޯޑަރު ކުރުމުން ޑެލިވަރީ ކުރުމުގައި ވަނީ ދަތިތައް ދިމާވެފައެވެ. ހާއްސަކޮށް ގިނަ ބަޔަކު އެއްފަހަރާ ބޮޑެތި އަދަދުން އޯޑަރު ދިނުމުން ފިހާރަތަކުން ޑެލިވަރީ ކުރުމުގައި ލަސްކަމެއް ދިމާވެފައިވާއިރު މިކަމުގެ ސަބަބުން ބައެއް ރައްޔިތުން ވަނީ މަގުތަކަށް ނިކުމެ ފިހާރަތައް ދޮށުގައި ކިޔުވެސް ހަދައިފައެވެ. ޑެލިވަރީގެ ކަންތަކުގައި އެހީވުމަށް ވޮލަންޓިއަރުން ހޯދަމުންދާއިރު އެސްޓީއޯގެ އީ ޝޮޕުން ގަންނަ މުދާ ޑެލިވަރީ ކުރުމަށް ސިފައިންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. މާލޭގައި ބަލީގެ ކޮމިޔުނިޓީ ސްޕްރެޑެއް އުޅޭކަމަށް ނިންމާފައިވާއިރު މިހަތަނަށް މާލެއިން އަށް މީހަކަށް ބަލިޖެހިފައިވެއެވެ. ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 28 އަށް އަރައިފައެވެ.
މާލެ ސަރަހައްދުގެ ގޭގެއަށް ޑެލިވަރީކޮށްދޭނެ ވޮލަންޓިއަރުން ހޯދަނީ