news
stringlengths
242
32.4k
Title
stringlengths
6
118
ކޮވިޑް19 އާއި ގުޅިގެން އައިސްފައިވާ ލޮކްޑައުންގެ ހާލަތުގައި ގިނަ އަދަދެއްގެ ފިހާރަތައް ނުހުޅުވައި އެބަހުރި ކަމަށާއި މިހާލަތުގައި ފިހާރަތަކުން ދައްކާ ޖީއެސްޓީ އަށް ލުޔެއް ދިނުމަށް ނިންމާފައިވާކަމަށް މީރާގެ ޗެއާޕާސަން އަދި ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާދަމް ވިދާޅުވެއްޖެއެވެ. ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް އަންނަމުންދާ ނޭދެވޭ އަސަރުތަކާއި އެކަމާ ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން މިއަދު މެންދުރު ފިނޭންސް މިނިސްޓްރީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބު ދެއްވަމުން ސަރުވަޝް ވިދާޅުވީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ޖީއެސްޓީ ޑެޑްލައިން މިމަހުގެ 28 ގައި ހަމަވާނެ ކަމަށާއި ޖީއެސްޓީ ދެއްކުމާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހާމަ ކުރާނެ ކަމަށެވެ. "މާދަމާ ނޫނީ މާދަމާ ނޫން އަނެއްދުވަހު މީރާއިން އާންމުކޮށްދޭނެ ކިހިނެއްކަން އަމަލު ކުރާނީ،" ސަރުވަޝް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ލޮކްޑައުންގެ ހާލަތުގައި ގިނަ ފިހާރަތައްވެސް ނުހުޅުވާ ކަމަށާއި މިއީ ވިޔަފާރިތަކަށްވެސް ދަތިވަގުތެއްކަން ގަބޫލު ކުރައްވާ ކަމަށެވެ. "އެއާ ގުޅިގެން އޮންލައިންކޮށް ފައިލް ކުރައްވާ ބޭފުޅުން ފިޔަވާ އެހެން ފަރާތްތަކަށް ލުޔެއް ލިބިގެންދާނެ. އަދި އެއާ އެކީގައި އޮންލައިންކޮށް ފައިލް ކުރާ ފަރާތްތަކަށް ހަދާނެ ގޮތެއްވެސް ވަރަށް އަވަހަށް އިއުލާނު ކުރާނަން،" ސަރުވަޝް ވިދާޅުވިއެވެ. ރާއްޖޭގެ ޓޫރިސްޓު ފެސިލިޓީތައް ފިޔަވައި އެހެން ވިޔަފާރިތަކުން ވިއްކާ މުދަލާއި ހިދުމަތަށް ޖީއެސްޓީގެ ގޮތުގައި ހަ ޕަސެންޓު ނަގާއިރު ޓޫރިޒަމް ޖީއެސްޓީގެ ގޮތުގައި ނަގަނީ 12 ޕަސެންޓެވެ. ކޮވިޑް19 އާއެކު އައިސްފައިވާ އިގްތިސޯދީ ލޮޅުމާ ގުޅުގެން ދައުލަތަށް ޖީއެސްޓީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީވެސް ދަށަށް ދާނެއެވެ. މިދިޔަ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖީއެސްޓީ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 637.67 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 94.44 މިލިއަން ރުފިޔާ މަދު އަދަދެކެވެ.
ފިހާރަތަކަށް ޖީއެސްޓީ އިން ލުޔެއް ދެނީ
ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ރަށްރަށުގެ ތެރެެއިން ލޮކްޑައުން ކޮށްފައިިވާ ރަށްތަކުން އެ މުއްދަތުގައި މާލީ ސަބަބުތަކާ ހެދި ބިލު ނުދެއްކުނު ނަމަވެސް ކަރަންޓު ކަނޑާނުލާން ނިންމާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިގޮތަށް ނިންމާފައި ވަނީ ކަރަންޓަކީ ޒަރޫރީ ބޭނުމަކަށް ވެފައި މިފަދަ ދަނޑިވަޅެއްގައި ކަރަންޓު ކަނޑާލައިފިނަމަ އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތި އުނދަގޫތަކަށް ބެލުމަށް ފަހުގައި ކަމަށެވެ. ކޮވިޑް19އާ ގުޅިގެން ސަރުކާރުންވަނީ މެއިމަހާއި ޖޫންމަހުގެ ކަރަންޓު ބިލުން 40 ޕަސެންޓު އުނިކޮށްފައެވެ. އަދި މި މަހު ސްޓެލްކޯއިން ބިލްކޮށްފައި ވަނީ ވެސް އެ މިންވަރު އުނިކުރުމަށްފަހުއެވެ. ސްޓެލްކޯއިން ވަނީ މި ހާލަތުގައި ބިލުތައް އެސްއެމްއެސްގެ ޒަރީއާއިން ފޮނުވަމުން ދާއިރު ކަމާބެހޭ ފަރާތްތަކުން ދީފައިވާ އިރުޝާދާ އެއްގޮތަށް ގޭގައި ތިއްބެގެން ބިލް ދެއްކުމަށް، ކުންފުނީގެ މޮބައިލް އެޕްލިކޭޝަން އަދި ވެބްސައިޓު ބޭނުންކުރުމަށް އިރުޝާދު ދީފައެވެ. އަދި ބިލުތައް ނުދައްކާ ގިނަދުވަސް ވެފައިވާ ފަރާތްތަކަށް އައުޓްސްޓޭންޑިން ނުވަތަ ނުދެއްކި އޮތް އަދަދު އެސްއެމްއެސްގެ ޒަރިއްޔާއިން ވެސް އަންނަނީ ފޮނުވަމުންނެވެ. ސްޓެލްކޯއިން ބުނީ އެގޮތަށް ފޮނުވާފައި ވަނީ ގިނަ ފަރާތްތަކުން ނުދެއްކިވާ ބިލުތަކުގެ ތަފްސީލް ހޯދުމަށް އެދެމުން ދާތީ ކަމަށެވެ.
ބިލު ނުދެއްކުނަސް ކަރަންޓު ނުކަނޑާނަން: ސްޓެލްކޯ
ކޮވިޑް19 އާއި ގުޅިގެން އައިސްފައިވާ ލޮކްޑައުންގެ ހާލަތުގައި ގިނަ އަދަދެއްގެ ފިހާރަތައް ނުހުޅުވައި އެބަހުރި ކަމަށާއި މިހާލަތުގައި ފިހާރަތަކުން ދައްކާ ޖީއެސްޓީ އަށް ލުޔެއް ދިނުމަށް ނިންމާފައިވާކަމަށް މީރާގެ ޗެއާޕާސަން އަދި ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާދަމް ވިދާޅުވެއްޖެއެވެ. ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް އަންނަމުންދާ ނޭދެވޭ އަސަރުތަކާއި އެކަމާ ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން މިއަދު މެންދުރު ފިނޭންސް މިނިސްޓްރީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބު ދެއްވަމުން ސަރުވަޝް ވިދާޅުވީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ޖީއެސްޓީ ޑެޑްލައިން މިމަހުގެ 28 ގައި ހަމަވާނެ ކަމަށާއި ޖީއެސްޓީ ދެއްކުމާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހާމަ ކުރާނެ ކަމަށެވެ. "މާދަމާ ނޫނީ މާދަމާ ނޫން އަނެއްދުވަހު މީރާއިން އާންމުކޮށްދޭނެ ކިހިނެއްކަން އަމަލު ކުރާނީ،" ސަރުވަޝް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ލޮކްޑައުންގެ ހާލަތުގައި ގިނަ ފިހާރަތައްވެސް ނުހުޅުވާ ކަމަށާއި މިއީ ވިޔަފާރިތަކަށްވެސް ދަތިވަގުތެއްކަން ގަބޫލު ކުރައްވާ ކަމަށެވެ. "އެއާ ގުޅިގެން އޮންލައިންކޮށް ފައިލް ކުރައްވާ ބޭފުޅުން ފިޔަވާ އެހެން ފަރާތްތަކަށް ލުޔެއް ލިބިގެންދާނެ. އަދި އެއާ އެކީގައި އޮންލައިންކޮށް ފައިލް ކުރާ ފަރާތްތަކަށް ހަދާނެ ގޮތެއްވެސް ވަރަށް އަވަހަށް އިއުލާނު ކުރާނަން،" ސަރުވަޝް ވިދާޅުވިއެވެ. ރާއްޖޭގެ ޓޫރިސްޓު ފެސިލިޓީތައް ފިޔަވައި އެހެން ވިޔަފާރިތަކުން ވިއްކާ މުދަލާއި ހިދުމަތަށް ޖީއެސްޓީގެ ގޮތުގައި ހަ ޕަސެންޓު ނަގާއިރު ޓޫރިޒަމް ޖީއެސްޓީގެ ގޮތުގައި ނަގަނީ 12 ޕަސެންޓެވެ. ކޮވިޑް19 އާއެކު އައިސްފައިވާ އިގްތިސޯދީ ލޮޅުމާ ގުޅުގެން ދައުލަތަށް ޖީއެސްޓީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީވެސް ދަށަށް ދާނެއެވެ. މިދިޔަ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖީއެސްޓީ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 637.67 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 94.44 މިލިއަން ރުފިޔާ މަދު އަދަދެކެވެ.
ފިހާރަތަކަށް ޖީއެސްޓީ އިން ލުޔެއް ދެނީ
ރައީސުލްޖުމްހޫރިއާޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ ކުޑަ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުމަކީ ގާނޫނާ އެއްގޮތް ނިންމުންމެއް ކަމާ މެދު ސުވާލު އުފެއްދިއްޖެ އެވެ. ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން މަޖިލީހުން މުސާރަ ކަނޑައަޅާ ފަރާތްތަކުގެ ތެރެއިން 20،000 އަށް ވުރެން މަތިން ލިބޭ ހުރިހާ ފަރާތްތަކުގެ މުސާރަތައް ކުޑަ ކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމީޓީން ނިންމައި އެ ރިޕޯޓު މިއަދު މަޖިލިސް ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ. އެ ރިޕޯޓުގައިވާ ގޮތުން މި މަހުން ފެށިގެން ތިން މަހަށް މުސާރަ ކުޑަކުރަން ނިންމި ފަރާތްތަކުގެ ތެރޭ ރައީސުލްޖުމްހޫރިއްޔާ އާއި ރައިސުލްޖުމްހޫރިއްޔާގެ ނައިބު ހިމެނެ އެވެ. ކޮމިޓީ ރިޕޯޓުގައިވާ ގޮތުން އެ ދެބޭފުޅުންގެ އަސާސީ މުސާރައިން 35 ޕަސަންޓް އުނިކުރުމަށް ވަނީ ނިންމާފަ އެވެ. އެއީ ރައިސްގެ މުސާރައިން 35،000 ރުފިޔާ އަދި ނައިބުގެ ރައީސްގެ މުސާރައިން 26،250 ރުފިޔާ އެވެ. ރައީސް އާއި ނައިބު ރައީސްގެ މުސާރަ ކަނޑައަޅަނީ، 11/2009، "ރައީސުޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން އިނާޔަތްތަކާ ބެހޭ ގާނޫނު"ގެ ދަށުންނެވެ. އެގޮތުން، އެ ގާނޫނުގެ ތިން ވަނަ މާއްދާގައި ބުނާގޮތުން، ރައީސުލްޖުމްހޫރިއްޔާގެ މުސާރައަކީ، 100،000 ރުފިޔާ އެވެ. ހަމަ އެ ގާނޫނުގެ 10 ވަނަ މާއްދާގައި ބުނަނީ ނައިބުގެ މުސާރައަކީ، 75،000 ރުފިޔާ އެވެ. މަޖިލީހުން ކަނޑައަޅާ މުސާރަތައް ކުޑަ ކުރަން ފާސްކޮށްފި އިތުރަށް ވިދާޅުވުމަށް "ސަން"އާ ވާހަކަ ދެއްކެވި ބައެއް ގާނޫނީ ވަކީލުން ވިދާޅުވި ގޮތުގައި ގާނޫނުގައި ވަރަށް ސަރީހަކޮށް ވަކި އަދަދެއް ރައީސް އާއި ނައިބު ރައީސްގެ މުސާރައިގެ ގޮތުގައި ލިޔެފައިވުމާއި އެ އަދަދު ބަދަލު ކުރެވޭނެ ހާލަތެއް ގާނޫނުގައި ބުނެފައި ނުވާތީ، ރައީސް އާއި ނައިބު ރައީސްގެ މުސާރައަށް އުނި އިތުރު ގެނެވޭނީ އެ ގާނޫނު އިސްލާހުކޮށްގެންނެވެ. އަދި ގާނޫނެއްގައި ލިޔެފައި އޮތް އެއްޗެއް މަޖިލީހުން އިސްލާހުކޮށް ރައީސް ތަސްތީގު ނުކުރަނީސް ކޮމިޓީއަކުން ފާސް ކުރާ ރިޕޯޓަކުން އެގޮތަށް މުސާރަ ކުޑަކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ގާނޫނީ ވަކީލުން ވިދާޅުވެ އެވެ. ރިޕޯޓު ފާސްކުރި މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު މިކަމާ ގުޅޭ ގޮތުން "ސަން" އަށް ވިދާޅުވީ، މިކަމުގައި ގާނޫނީ ފުށުއެރުމެއް ނެތް ކަމަށެވެ. އަދި އެއީ ކޮމިޓީގެ އިހްތިސޯސްގެ ތެރެއިން ގާނޫނު އަސާސީއިން ބާރު ލިބިގެން ފާސްކޯށްފައިވާ ރިޕޯޓެއް ކަމަށް ނާޝިޒު ވިދާޅުވި އެވެ. ގާނޫނު އަސާސީގެ 118 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލް ޖުމްހޫރިއްޔާގެ ނައިބަށް މުސާރައާއި އެހެނިހެން އިނާޔަތްތައް ކަނޑައަޅަން ވާނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ބުނެފައިވެ އެވެ. އަދި މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ އާއި ނައިބުގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާފައި އޮންނަނީ ގާނޫނެއް ފާސްކޮށްގެންނެވެ. ރައީސުޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން އިނާޔަތްތަކާ ބެހޭ ގާނޫނުގައި ބުނާގޮތުން ކޮންމެ ތިން އަހަރަކުން އެއްފަހަރު މަޖިލީހުން އެގާނޫނުގެ ދަަށުން ކަނޑައަޅާފައިވާ މުސާރައާއި އިނާތައްތައް މުރާޖާކޮށް، މުދަލާއި ހިދުމަތުގެ އަގަށް އައިސްފައިވާ ބަދަލުތަކަށް ރިއާޔަތްކުރުމަށްފަހު، ގާނޫގައި ބުނާ އެ އަދަދު މުރާޖައާ ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. ނަމަވެސް 2009 ވަނަ އަހަރު އެ ގާނޫނު ވުޖޫދުވި ފަހުން އެ މުސާރަތަކަށް ބަދަލު ގެނެސްފައި ނުވެ އެވެ. ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅާ ފަރާތްތަކުގެ ތެރޭގައި ރައިސުލްޖުމްހޫރިއްޔާ އިތުރުން މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުންނާއި ގާޒީންގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ވެރިން ހިމެނެ އެވެ. މީގެ ކުރިންވެސް މާޗްމަސް ތެރޭ މަޖިލީހުން ވަނީ މަޖިލީހުން ކަނޑައަޅާ ފަރާތްތަކުގެ މުސާރައިގެ ވަކި ޕަސަންޓެއް ކުޑަ ކުރުމަށް ނިންމާފަ އެވެ. އޭރުވެސް ރައިސުލްޖުމްހޫރިއްޔާ އާއި ރައިސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ ކުޑަކުރުން ހިމެނެ އެވެ.
ރައީސްއާއި ނައިބުގެ މުސާރަ ކުޑަކުރަން ނިންމި ނިންމުން ގާނޫނާ ހިލާފު
މިއަހަރުގެ ރަމަޟާންމަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ސަރުކާރުގެ ރަސްމީގަޑިއަކީ ހެނދުނު 10 އިން މެންދުުރު ދެއަކަށް ކަމަށް ރައީސް އޮފީހުން ބުނެފިއެވެ. ރަމަޟާން މަހާއި ޝައްވާލުމަހުގެ ފުރަތަމަ ހަތްދުވަހުގެ ރަސްމީގަޑި ހަމަޖައްސަވާ އެ އޮފީހުން ނެރުނު ދެންނެވުމުގައި ބުނީ މިއަހަރުގެ ރަމަޟާންމަސް ފެށުނީ ކޮވިޑް19 އާއި ގުޅިގެން ސަރުކާރު ބަންދު ކޮށްފައިވާ ދުވަސްވަރެއްގައި ކަމަށްވާތީ، ރަމަޟާންމަހުގެ ދުވަސްތަކުގައްޔާއި، ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހު ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުން، ރަސްމީ މަސައްކަތްކުރުމުގައި އޭޕްރީލް 17 ވަނަ ދުވަހު އެ އޮފީހުން ނެރުނު ދެންނެވުމާ އެއްގޮތަށް އަމަލު ކުރަން އެދޭ ކަމަށެވެ. އެގޮތުން މިމަހުގެ ނިޔަލަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާނުކޮށްފައިވާތީ، ސަރުކާރުގެ އޮފީސްތައް ނުހުޅުވައި، ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް، ގޭގައި ތިބެގެން ކުރާގޮތަށް ހަމަޖައްސައި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހާ ހިދުމަތްތަކެއް އޮންލައިންކޮށް ދިނުމަށް އޮފީސްތަކަށް ވަނީ އަންގައިފައެވެ. ކޮރޯނާ ވައިރަސް އާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާއިރު ރާއްޖެއިން މިހާތަނަށް 116 މީހަކަށް ވަނީ ބަލިޖެހިފައެވެ.
ރޯދަމަހު ސަރުކާރުގެ ރަސްމީގަޑިއަކީ 10 އިން ދެއަކަށް
މިވަގުތު ޓްރީޓޮޕް ހޮސްޕިޓަލުގައި ކޮވިޑް19 އަށް ޕޮޒިޓިވް 10 މީހަކަށް ފަރުވާދެމުން އަންނަ ކަަމަށާއި، އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށް ޑރ. މޫސާ މުރާދު ވިދާޅުވެއްޖެއެވެ. މިރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުރާދު ވިދާޅުވީ ޓްރީޓޮޕްގައި ދެ މީހަކު ވެންޓިލޭޓަރުގައި އޮތް ކަމަށެވެ. އެހެން ނަމަވެސް ހާލު ސީރިއަސް ވެފައިިވަނީ ވެންޓިލޭޓަރަށް ނުލާ އޮތް މީހެއް ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ. އަދި އޭނާގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވެސް ޑރ. މުރާދު ވިދާޅުވިއެވެ. "މިވަގުތު ކޮވިޑް19 ގެ ޕޮޒިޓިވް ހަތަރު މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެވެމުން މިދަނީ. އިތުރު އެކަކު ތަންކޮޅެއް ހާލު ބޮޑުކޮށް ވެންޓިލޭޓަރުގައި ނޫނަސް ތަންކޮޅެއް ކޮންޑިޝަން ސީރިއަސްކޮށް އެބަ ފަރުވާ ދެވެމުން ގެންދޭ،" ޑރ. މުރާދު ވިދާޅުވިއެވެ. ޑރ. މުރާދު ވިދާޅުވީ އެހެން ބަލި މީހުންގެ ހާލު ރަނގަޅު ކަމަށާއި، އިތުރު ކޮމްޕްލިކޭޝަނެއް ފާހަގަކުރެވިފައި ނުވާކަމަށެވެ. ޓްރީޓޮޕް ހޮސްޕިޓަލުގައި ތިބި މީހުންގެ ތެރޭގައި އެހާބޮޑަށް ބަލި ނޫން ދެ މީހަކު ވެސް ތިބި ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. އެއީ ޓްރީޓޮޕަށް ބަދަލުކުރި ކުޑަކުއްޖެއްގެ އާއިލާގެ މެމްބަރުންނެވެ. ކޮވިޑް19ގެ ބަލިމީހުންގެ ތެރެއިން، ބޮޑަށް ސީރިއަސް ބަލިމީހުން ބަލަހައްޓަމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާ (ޑީއެޗް11) އާއި ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. ޑީއެޗް11 ގައި މިވަގުތު ތިން މީހަކު ތިބި އިރު، ދެ މީހަކަށް ފަރުުވާދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައެވެ. ޑރ. މުރާދު މިރޭ ވިދާޅުވީ ޑީއެޗް11 ގައި އޮތް ތިން ވަނަ ބަލި މީހާގެ ހާލު ރަނގަޅު ކަމަށެވެ. އަދި މިހާރު އޭނާ ރިކަވަރީއާ ދިމާލަށް މިސްރާބު ޖަހާފައިިވާ ކަމަށާއި، ކައިރި މުސްތަގުބަލެއްގައި ޑީއެޗް11 އިން އެހެން ތަނަކަށް އޭނާ ބަދަލު ކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ. މިހާތަނަށް ރާއްޖެއިން 955 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާއިރު، 40 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ތިން މީހަކު ވަނީ ބަލީގައި މަރުވެފައެވެ.
ވެންޓިލޭޓަރަށް ނުލާ މީހެއްގެ ހާލު ސީރިއަސް: ޑރ. މުރާދު
"ހީވަނީ ބޭބެ މުސްލިމުންގެ އަތުން ބަލިވެގެން އައީހެން...." ޔޫހަންނާ ވިދާޅުވީ ހިތާމަވެރި ހިނިތުންވުމަކާއެކުގައެވެ. "މުސްލިމުންނަށް އަޅުގަނޑުގެ ބައްޕަ ބަލިކުރެެވިދާނެތޯ؟ އެއީ ވާނެކަމެއްނޫންހެން އަޅުގަނޑަށް ހީވަނީ. ބައްޕަ އެނބުރި ވަޑައިގަންނަވާނީ މުސްލިމުންގެ އެންމެން ގަތުލުކުރައްވާފައި ނަސްރު ލިބިގެން............" ލޫސީ ކުރިއަށްވުރެ ބާރަށް ޔޫހަންނާގެ އަތްޕުޅުގައި ހިފީ ދޫކުރަން ބޭނުންނުވާފަދަ ގޮތަކަށެވެ. އޭނަގެ ހިތްވެސް ބިރުގަންނަނީއެވެ. "ދަރިފުޅާ. އީސާއީންނަކީ އެމީހުން ގެ ވެރިފަރާތް ހަދުމަނެތި ކޮށްލާފައި އަޅުކަންތައް ދޫކޮށް ދުނިޔަވީ އުފަލާއި އަރާމަށް ގެނބިފައިވާ ބަޔެއް. އެފަދަ މީހުންނަށް ނަސްރު ލިބުމެއްނެތް. މުސްލިމުންނަކީ މާތް ރަސްކަލާނގެ ކިބައަށް އަޅުކަންކުރުމުގައި ދުވާލާއި ރޭގަނޑު ހޭދަކުރާ ބަޔެއް. ފަތަހައާއި ނަސްރަކީ އެމީހުންގެ ހައްގެއް......" ބޭރުން އިވޭ ހަޅޭކުގެ އަޑުފަށްގަނޑު ކައިރިވަމުން ދިޔައެވެ. މީހުން ރޮއި ހިތާމަކުރަނީއެވެ. "ހީވާގޮތުން ބަޔަކު މީހުން އީސާއީންތައް ގަތުލުކުރަނީ.."ޔޫހަންނާ ކަންބޮޑުވެ ވަޑައިގެންފައިވާ ގޮތަކަށް ވިދާޅުވިއެވެ. "ކިއްލާގެ ފާރުމައްޗަށް އެރީމަ ޚަބަރު އޮޅުންފިލާނެ ބޮޑުބޭބޭ...." ލޫސީ ބުނެލިއެވެ. "އެ އަޑު އިވެނީ ޝަހަރުގެ ތެރެއިން. ވީމަ އެތަނަށްގޮސް ޚަބަރު ބަލާލާފައި އަންނާނަން. ދަރިފުޅު ބޭނުމިއްޔާ ފާރު މައްޗަށް އަރާ ބަލައިލާ....." ޔޫހަންނާ ވިދާޅުވުމުން ލޫސީގެ ހިތަށް ބިރުވެރިކަން ވަނެވެ. "ނޫން. ބޮޑުބޭބޭފުޅަށް ފެނުނު ހުވަފެނާއިމެދު ވަރަށް ބިރުގަނޭ. ޝަހަރު މީހުންނަށް އަނިޔާކުރާ ބަޔެއްވެސް އެނގެނީއެއްނޫން. އެތަނަށް ވަޑައިނުގަންނަވާ. އަޅުގަނޑު ކައިރީ މަޑުކޮށްލަދެއްވާ..." ލޫސީ އާދޭހުގެ ނަޒަރަކުން ބަލައިލިއިރު ޔޫހަންނާގެ އަތުން ދޫކޮށްލާކަށް ނޫޅުނެވެ. "ބޮޑުބޭބެ ކޮންމެހެންވެސް ދާން ޖެހޭނެ. އެކަމާ ފިކުރުނުކުރޭ.." "ނޫން ނޫން. ވަޑައިނުގަންނަވާ. އަޅުގަނޑަށް ހީވާގޮތުން މުސްލިމުން އީސާއީންނަށް އަނިޔާކުރަނީ........"ލޫސީ ބުނެލިއެވެ. "ދަރިފުޅާ. މުސްލިމުންނަކީ އަނިޔާވެރި ބަޔެއްނޫން. އެއީ އަމާނާތްތެރި އަޅުކަމުގައި ވަގުތު ހޭދަކުރާ ބަޔެއް. ކުޑަކުދިންނާ އަންހެނުން މުސްކުޅިންނާ ފާދިރީންނަށް ހަމަލާނުދޭން އެމީހުންވަނީ ވައުދުވެފައި....." "މިހާރު ހާދަ އަޑުގަދައޭ. އަނެއްކާ ޝަހަރުގައި އަލިފާން ރޯވީތަ؟ " ލޫސީގެ ހާސްކަން އިތުރުވިއެވެ. "މިއޮތީ ތަޅުދަނޑިއެއް. މީގައި ހިފާ. ހަވީރުވާންދެން ދުނިޔޭގައި ހުރިއްޔާ ތަޅުދަނޑި ބަލާ އަންނާނަން. ބޮޑުބޭބެއަށް ކަމެއް ދިމާވެއްޖެއްޔާ ފައްޅީގައި ހުރި ބޮޑުބޭބެގެ އަލަމާރި ހުޅުވާލާފައި އޭގައި ހުރި ލިޔުންތައް ބަލާލާ. ދަރިފުޅަށް ކަމުދަންޏާ އޭގައި ހުރި ގޮތަށް އަމަލުކުރޭ..." ޔޫހަންނާ ދިއްކޮށްލެއްވި ތަޅުދަނޑީގައި ލޫސީ ހިފިއިރު މޮޅިވެރިކަން އެ ލޮލުން ފައުޅުވޭވޭ ހުއްޓެވެ. ލޫސީ އެދުނީ ދިރިއުޅުމާއި މެދު މާޔޫސްނުވުމަށެވެ. ފޫހި ނުވުމަށެވެ. "ދަރިފުޅާ. މިއަދަކީ ހަޔާތުގެ ފަހު ދުވަހަށް ނުވާނަމަ ހަވީރު ބޮޑުބޭނެ އެނބުރި އަންނާނަން...." ޔޫހަންނާ ލޫސީ ގެނެސް މޭގައި ޖައްސަވާލައްވާ ސަލާމްކުރެއްވިއެވެ. އޭރު ލޫސީގެ ލޮލުގައި ކަރުނަ ވިދަވިދާ ހުއްޓެވެ. ލޫސީ ހިތާހިތުން ދުޢާކުރެއްވިއެވެ. އޭނަ ހެއްދެވި ފަރާތަށް ވަކީލުކުރިއެވެ. ޔޫހަންނާ ވަޑައިގަތުމުން ފިކުރުބޮޑުވެފައި އެތައް އިރެއްވާންދެން ލޫސީ އިނެވެ. ބޮޑުބޭބޭފުޅު ހުއްޓެވުނު ނަމައޭ ހިތަށް އެރިއެވެ. އެހާ ބޮޑަށް ބާރު ނޭޅުނީއެވެ. ފަހަތުން ދާން ކަމަށް ގަސްތުކޮށް ލޫސީ ފިޔަވަޅުތައް އަވަސްކޮށްލިޔަސް ޔޫހަންނާގެ ނިޝާނެއް ނުފެނުނެވެ. ލޫސީ ގަނޑުވަރުގެ ހުޅަގު ފަރާތުގައިވާ ހަރުފަތްތަކުން މައްޗަށް އަރައިގެން ގޮސް އުސް ފާރުތަކުގައިވާ ކުޑަދޮރެއްގެ ކައިރީ ހުއްޓި ބޭރަށް ބަލަންފެށިއެވެ. ދުރުން ޝަހަރު ފެންނާން އޮތަސް އެތާގެ އަހުލުވެރިންނަށް ޖެހިގެން އުޅޭ މުސީބާތްތަކެއް މިހާ ހިސާބަކުން ނުފެންނާނެއެވެ. ޔޫހަންނާ ބައްދަލުވި ކޮންމެ މީހެއްގެ ކައިރިން ވެގެން އުޅޭގޮތެއް އޮޅުން ފިލުވަން މަސައްކަތްކުރިއެވެ. އެކަކަށްވެސް ހިތްހަމަޖެހޭފަދަ ޖަވާބެއް ނުދެވުނެވެ. ކިއްލާގެ ދޮރާށި ކައިރީ ތިބި ސިފައިންނަށްވެސް އެނގުނުކަމަކަށް ނުވިއެވެ. އެންމެ ފަހުން ހިންގަވާފައި ޝަހަރާދިމާލަށް އެ ގަދަ އަވީގައި ވަޑައިގަންނަވަން ޖެހުމުން ދަލުން ފެންވެރުނެވެ. ޝަހަރާއި ހަމައަށް ދެވުމުން ހިތް ހަލާކުވާވަރުވިއެވެ. ރަށުތެރޭ މީހުންތައް ކޮޅުކޮޅަށް ދުވަނީއެވެ. އަންހެނުންތައް ކުޑަކުދިން ކިހިލީގައި ޖަހައިގެން ނޫނީ އަތުގައި ހިފާ ދަމަމުން ސަލާމަތްވާން ދުވައެވެ. ބައެއްމީހުންގެ މޫނުންނާއި ބޮލުން ލޭތައް އޮހެއެވެ. "ކްރައިސްޓަށްޓަކާ އަޅުގަނޑުމެން ސަލާމަތްކޮށްދެއްވާ......" ޔޫހަންނާ ފެނުމުން އެންމެން އޭނަ ގާތަށް ބޮނޑިވެގަތެވެ. "ކިހިނެއްވެގެން މިއުޅެނީ؟ " ޔޫހަންނާ އެއްސެވިއެވެ. "އަޅުގަނޑުމެން މުސްލިމުންނާއި ސުލްހަވީކަން ޔޫގަންނާއަށް އިވިވަޑައިގަތީ. ރަސްގެފާނު މުސްލިމުންނާއި ހަގުރާމަކޮށް ބަލިވީމަ ސިފައިން ފޮނުވާ އަޅުގަނޑުމެން ލޫޓުވާ ގަތުލުކުރަން އޯޑަރު ދެއްވިގޮތަށް އަނިޔާވެރި ސިފައިން މިހާރުވެސް ތިންސަތޭކަ މީހުން ގަތުލުކޮށް އަޅުގަނޑުމެންގެ ދިރިއުޅުން ބަރުބާދުކޮށްލައިފި..." "ރަސްގެފާނު ވީ ކޮންތާކުތަ؟ " ޔޫހަންނާ އެއްސެވިއެވެ. "ޝަހަރުން ބޭރުގައި ހެން ހީވޭ. އެ ނުލަފާ ސިފައިން އެންމެން ކަތިނުލަނީސް އަޅުގަނޑުމެން މިހާލުން ސަލާމަތްކޮށްދެއްވާ..." "ބޭބެއާއި ވާހަކަދައްކާލާފައި އެބައަންނަން...." ޔޫހަންނާ ހިންގަވައިގަތްއިރު ވެސް ރަށުގެ ގޭގެތަކަށް ސިފައިން ވަދެ ލޫޓުވާ މަންޒަރު ފެނެއެވެ. ހިތް ފަޅައިގެންދާހާ ރަހުމް ކުޑައެވެ. ގެތައް ލޫޓުވާ ހުޅު ޖަހައިލައެވެ. ފިރިހެނުން ގަތުލުކޮށް ނޭޒާތަކުގައި ބޯ ޖަހައިގެން އުޅެއެވެ. މަގުމަތީގައި ލޭގެ ކޯރެވެ. އެކަން ހުއްޓުވަން ޔޫހަންނާ ސިފައިންނާ ވާހަކަދެއްކުމުން ގަބޫލެއް ނުކުރިއެވެ. ރަސްގެފާނުގެ އޯޑަރާއި ޚިލާފު ނުވެވޭނެކަން އެންގިއެެވެ. ދީނަށް ޚިޔާނަތްތެރިވި ބަޔަކަށް ހަމްދަރުދީ ނުވާނެކަމަށް ބުނެ ލޫޓުވުމާއިގެން ކުރިއަށް ދިޔައެވެ. އެ މަންޒަރުން އުދަގޫފުޅުވެގެން ޔޫހަންނާ އަވަސްވެގަތީ އޭނަގެ ބޭބޭފުޅާއި ބައްދަލުކުރެއްވުމަށެވެ. މި ޖަރީމާތައް ހުއްޓުވޭނެ އެހެން ގޮތެއް ނުފެނުނެވެ. ޔޫގަންނާ ހުންނެވީ ކުޑަ ފަރުބަދަގަނޑެއްގެ މަތީގައެވެ. ކޯފާގެ ސަބަބުން ދެލޯ ރަތްކޮށްލައިގެން ހުރިގޮތުން ޔޫހަންނާވެސް ބިރުފުޅުގަންނަ ގޮތްވިއެވެ. އޭނައާއި އެކުގައިވީ އޮފިސަރުންވެސް ތިބީ ކަންބޮޑުވެ އިސްޖެހިފައެވެ. ޝަހަރު ތެރެއިން އިވެމުންދާ ރުއިން ހުއްޓުވަން އެކަކުވެސް ބޭނުންވާހެނެއް ހިޔެއްނުވެއެވެ. "މިއީ ކޮންފަދަ އަނިޔާއެއްތޯ؟ އަޅުގަނޑުމެންގެ އީސާއީ އަޚުންނަށް އަނިޔާ ނުކުރައްވާ....." ޔޫހަންނާ ވިދާޅުވިއެވެ. "އެކަހަލަ އުރެދިފައި ތިބި ނުލަފާ މީހުންނަށް ސަޒާލިބޭނެ.." ޔޫގަންނާ އަތްޕުޅުގައިވާ ޚަންޖަރު ކަމަރަށް ލެއްވުމަށްފަހު އަނެއް ފަރާތަށް އެނބުރި ވަޑައިގަތެވެ. "ރައްޔިތުން ނުހައްގުގައި ގަތުލުކުރުމަކީ އަދުލުވެރި ރަސްކަލަކު ކުރާނެކަމެއްނޫން. ކްރައިސްޓް ކޯފާވެދާނެ. އަޅުގަނޑުމެންގެ ދުޝްމިނުން މަރަން މަނާކުރައްވާފައިވާއިރު އަދި އަޚުން ގަތުލުކުރަން ހެޔޮވާނީ ކިހިނެއްތަ؟ މިކަންތައް ހުއްޓުވާ...................." ޔޫހަންނާ ހުންނެވީ ކަންބޮޑުވެފައެވެ. "އެމީހުން ރަސްގެފާނަށް ކެހިދިނީ. ޚިޔާނަތްތެރިވީ. އެލިބެނީ އެކަމުގެ ސަޒާ.." ޔޫގަންނާ ތަންކޮޅެއް ބާރަށް ވިދާޅުވިއެވެ. "މާތް ރަސްގެފާނު. ރައްޔިތުން ގަތުލުކުރެއްވުމަށްފަހު ވެރިކަން ކުރައްވަނީ ކޮންބަޔެއްގެ މައްޗައްތޯ؟ " "އެކަހަލަ ފިޑިން ހަލާކުވެދިޔަސް މަށަށް ހެވޭ" "އެމީހުން ކުރީ ކޮން ކުށެއްތޯ؟ " ޔޫހަންނާ ސުވާލުކުރެއްވިއެވެ. " ދުޝްމިނުންނާއި ބައްދަލުކޮށް ވެރިޔާއަށް ކެހިދިނުމަކީ ކުޑަ ކުށެއްތަ؟ " "އެއީ ކުށެއް ކަމަކަށް އަޅުގަނޑު ނުދެކެން. ދުރުވިސްނޭތީ އެމީހުން މުސްލިމުންނާއި ސުލްހަވީ. އެއީކުށެއްނޫން. އަމިއްލަ ސަލާމަތް ހޯދައިގަތީ..އަރަބިން މިކަންތައް ހަދާން ނައްތައެއްނުލާނެ އަދި ބަދަލުހިފަން އަންނާނެ.." ޔޫހަންނާ ވިދާޅުވިއެވެ. "ހާ. ކާކަށް ބަދަލުހިފަން އަންނަން ކެރޭނީ؟ ޔޫހަންނާ. އެ ނުލަފާ މުސްލިމުންނާއި ސުލްހަވާން މަޝްވަރާދިނީ ކަލޭތަ؟ " ކުއްލިއަކަށް ޔޫގަންނާ އޭނައާއި ދިމާލަށް އެނބުރި ވަޑައިގަންނަވަމުން ލޯފުޅު ވައްކޮށްލެއްވިއެވެ. ކުރިއަށްވުރެ ކޯފާ ގަދަވެ މޫނު ރަތްވެއްޖެއެވެ. ނިތްކުރިއަށް ރޫތައް އަރުވައިލިއެވެ. އޭނަގެ އޮފިސަރުންވެސް ބިރުން ލޯ ބޮޑުކޮށްލައިގެން ތިބީ ހިރިލާންވެސް ނުކެރިފައެވެ. "އަޅުގަނޑު އެކަހަލަ ނަސޭހަތް ދޭންވީ އެއްވެސް ސަބަބެއްނެތް..." "ކަލެއަކީ މަކަރުވެރިއެއް. ފާދިރީން ނިކަން މަކަރުވެރިވެފައި ފިޑިވާނެ. މިހާރު މަށަށް ޔަގީންވެއްޖެ. އެމީހުންނަށް މުސްލިމުންނާއި ސުލްހަވާން ދަސްކޮށްދިނީ ކަލޭ..." ޔޫގަންނާ އެހާ ފަރުވާކުޑަކޮށް ޔޫހަންނާއާއި މިނޫނީ ވާހަކަދައްކާފައެއްނުވެއެވެ. "ބޭބެ ކޯފާ މަޑުކުރައްވާ. ދެއްކޭ ނުދެއްކޭ ވާހަކައެއްވެސް އެނގިވަޑައިނުގަންނަވާ..." ޔޫހަންނާގެ އެ ޖުމްލައިން ޔޫގަންނާގެ ކޯފާ އިތުރުވުން ނޫންކަމެއްނުވިއެވެ. "ގޮތްކުޑަ މަކަރުވެރި ކަލޭގެ. ޝަހަރުގެ މީހުން ހައްލައިލާ އެމީހުންނަށް ވަސްވާސްދީ މުސްލިމުންނާއި ސުލްހަވާން ފޮނުވީ ކަލޭދޯ. ހުރި ނުބައިކަމާއެވެ." "ނޫން. ތިހެން ހީފުޅުނުކުރައްވާ. ބޭބޭ. އަޅުގަނޑު އެކަހަލަ ކަމެއް ނުކުރަން. އެމީހުން އަމިއްލަ އަށް ސުލްހަވީ. އަޅުގަނޑު އެމީހުންނަށް ނަސޭހަތް ދީގެނެއްނޫން. އެކަމަކު ތިގޮތަށް ކުށެއްނެތް މީހުން ގަތުލުކުރަންޏާ ކްރައިސްޓް ބޭބޭފުޅު ގަތުލުކުރައްވާނެ......" ޔޫހަންނާ ވިދާޅުވިއެވެ. "އަސްލުވެސް؟އެއްވެސް ކަމެއް ނުކުރަމޭ ކިޔައިގެން ތިހަދަނީ ދޮގު. އެންމެންވެސް ގަތުލުކޮށްލާނަން. ކަލެއަކަށްވެސް ސަލާމަތެއް ނުވެވޭނެ. އެންމެ ފުރަތަމަ ފަށާނީ ކަލެއިން.......... " ޔޫގަންނާ ކަމަރުގައިވާ ޚަންޖަރު ދަމައިގަތެވެ. އަބަދު އަޅުކަންތަކާ އުޅުއްވާތީ އޭނަގެ ބޭބެފަދައިން ވަރުގަދަ މީހެއްނޫނެވެ. ބަލިކަށި ބޭފުޅެކެވެ. ކިތަންމެ މަސައްކަތްކުރިޔަސް ޔޫގަންނާގެ ވަރުގަދަ އަތްޕުޅުގެ ދަށުން މިންޖެއް ނުވެވޭނެއެވެ. ޔޫގަންނާ އޭނަގެ ކޮއްކޯފުޅު ކޮށްޕާލުމުން މަތަވީ ހިލަގަނޑެއްގައި ޖެހިފައެވެ. "ބޭބޭ...." ޔޫހަންނާ އެއްޗެކޭ ވިދާޅުވާން އުޅުއްވުމުން ޔޫގަންނާ ހަަޅޭއްފުޅުލައްވައިގަތެވެ. "ކަލޭ މަށާ ވާހަކަނުދައްކާތި." "ތިއުޅުއްވަނީ ކިހިނެއް ހަދަންތޯ؟ "ޔޫހަންނާ ހިތާމަވެރި ނަޒަރަކުން ބައްލަވާލެއްވިއެވެ. "މިއުޅެނީ ކަލޭ މަރާލަން.." ޔޫގަންނާ ވިދާޅުވިއިރު މޫނުފުޅުމަތިން ކޯފާގެ އަސަރުތައް އެންމެ މަތީ ދަރަޖައިގައެވެ. ޝައިތާނާ އޭނަގެ ސިކުނޑީގައި ވަކި ހިއްޕާލާފައިވީ ހެވާއި ނުބައި ވަކިކުރަން އެނގޭވަރަކަށް ނޫނެވެ. "އަޅުގަނޑު ގަތުލުކުރިޔަސް ހަގީގަތް ބަދަލެއްނުވާނެ.." "ކަލެއަކީ ކެހިވެރިއެއް މަަކަރުވެރިއެއް. ތިކަހަލަ މީހުންގެ ފަރާތުން އެހެން މީހުން ސަލާމަތްކުރަން ޖެހޭނެ...." "ތިޔަކުރައްވަނީ ބޮޑު އަނިޔާއެއް..." ޔޫހަންނާ ވިދާޅުވިއެވެ. "އަނިޔާއެއްނޫން. ތިކަހަލަ ޣައްދާރުންނަށް ހައްގުވަނީ މަރު..." ޔޫގަންނާ ޚަންޖަރު ދަންމަވައިގެންފާ ޔޫހަންނާގެ މޭފުޅުގައި ޖައްސަވާލެއްވިއެވެ. ޔޫހަންނާއަކީ އަޅުވެރި ޚުލްގުފުޅު ހެޔޮ އެންމެންގެ ލޯބިލިބިގެންވާ ފާދިރީއެކެވެ. ރައްޔިތުންނާއި ސިފައިންގެ ހިތުގައި އޭނައަށް ޚާއްސަ ގަދަރެއް ދެވިފައިވިއެވެ. އެތާތިބި ޔޫގަންނާގެ އޮފިސަރުންވެސް އޭނަ ސަލާމަތްކުރަން ކުރިއަށް ޖެހުނެވެ. ނަމަވެސް ޔޫގަންނާގެ ހަރުކަށިކަމާއި އޭނަގެ ކޯފާވެފައި ހުންނެވި ވަރުން އެއްޗެކޭ ބުނާކަށް ނުކެރުނެވެ. "ބޭބޭ. އަޅުގަނޑު ގަތުލުކުރެއްވުމުން ފާފަވެރިވަޑައި ނުގަންނަވާ..." "އަހަރެން ކަލޭ ގަތުލުކުރާނަން. ތިކަހަލަ މީހަކު ގަތުލުކޮށްގެން ފާފައެއްނުވާނެ..." ޔޫގަންނާ ގަދަ އަޑުފުޅުން ވިދާޅުވިޔަސް އެފަދަ ކަމެއް ކުރަން ކެރޭނެކަމަކަށް އޮފިސަރަކުވެސް ހިޔެއް ނުކުރެއެވެ. "އެންމެ ރަގަޅު. ބޭބެ ބޭނުމިއްޔާ އަޅުގަނޑު ގަތުލުކުރޭ. ނަމަވެސް މުސްލިމުން ދީނަށްޓަކާ ހަގުރާމަ ކުރާހަ ހިނދަކު އެމީހުން ބައްޔެއް ނުކުރެވޭނެ. އަޅުގަނޑުވެސް އެދެނީ ބޭބޭގެ ވެރިކަން އަބަދަށް ދެމި އޮންނަން. އަދި ހެޔޮ ހާލުގައި ދުނިޔޭގައި ލެހެއްޓެވުން. ނަމަވެސް ބޭބެ މުސްލިމުންނާ ސުލްހަ ނުވެ އެގޮތަކަށް ރަސްކަން ދެމި ނޯންނާނެކަން ޔަގީން..." ޔޫހަންނާ ވިދާޅުވިއެވެ. " އޭ މޮޔަ ފާދިރީ ކަލޭގެޔާ. ބޭކާރު އަނގަ ނުތަޅުވާ....." "އަދި އެންމެ ވާހަކައެއް އަޑުއައްސަވާ. ލޫސީއަށް ދެރަގޮތެއް ނަހައްދަވާތި. އެދަރިފުޅުގެ މައްޗަށް އޯގާތެރިވެވަޑައިގަންނަވާ ނޫނީ އަޅުގަނޑުގެ ފުރާނައަށްވެސް ދަތިވެދާނެ..." ޔޫހަންނާ އެވާހަކަ ވިދާޅުވީ ލާވަންއާއި ލޫސީގެ ލޯތްބަށް އިޝާރަތްކުރައްވާފައެވެ. ފަހަރެއްގައި އެ ގުޅުމާއި ޔޫގަންނާ ގަބޫލުނުވެ ދެކޮޅުހައްދަވާފާނެތީއެވެ. "ލޫސީގެ ނަން ގަތެއްކަމަކު ކަލޭގެ ފުރާނަ ސަލާމަތެއް ނުކުރެވޭނެ..." ޔޫގަންނާ ވިދާޅުވީ ހަރުކަށިގޮތަކަށެވެ. "އަޅުގަނޑުގެ ފުރާނަ ސަލާމަތްކުރާކަށް ނެތިން. ނަމަވެސް މިއަދު ބޭބެގެ އަރިހުގައި ދަންނަވަންވީ ވާހަކައެއް އެބައޮތް. އަޅުގަނޑު ވަރަށް ގިނަ ފޮތްތައް ކިޔަވާ ދިރާސާ ކުރިން. އަރަބިންގެ ތެރޭ މުހައްމަދު ނަބީކަމާއިގެން ފޮނުއްވޭނެކަމުގައި ވޭ. އެކަލޭގެފާނު ގެންނަވާ ދީން މުޅި ދުނިޔޭގައި ފެތުރޭނެ. މިއުޅޭ އަރަބިންނަކީ މުސްލިމުންނަކީ އެ ދީނަށް ނިސްބަތްވާ އެ ނަބިއްޔާގެ އުއްމަތުގެ މީހުން. އަޅުގަނޑު ބޭބެ ހެކިކޮށް އިސްލާމްދީނަށް މިވަންނަނީ. މާތްﷲ އަޅުގަނޑުގެ ފާފަ ފުއްސަވާށި..." "އޭ ނަސީބު ކުޑަ މީހާ. ކަލޭ އިސްލާމްވާނެކަން އަހަންނަށް ކުރިންވެސް ވިސްނުނޭ......" ޔޫގަންނާ ކޯފާ ކުރިއަށްވުރެ ގަދަވުމާއެކު ލޯ އަނގުރު އަލިފާންކޮޅެއްހެން ރަތްވެއްޖެއެވެ. އަދި ޚަންޖަރު ޔޫހަންނާގެ މޭފުޅަށް ހަރައިލެއްވީ ކެތްނުކުރެވިގެންނެވެ. " لا إله إلا الله محمد رسول الله" ޔޫހަންނާގެ އެންމެ ފަހު ލަފުޒާއެކު އުޑާއި ދިމާލަށް ބައްލަވާލެއްވީ ހިނިތުންވަމުންނެވެ. ޔޫގަންނާ ޚަންޖަރު ދަންމަވައިގަތުމުން ލޭގަނޑު އޮހިގަތްގޮތަށް މުޅި ހިސާބު ރަތްކޮށްލައިފިއެވެ. ޔޫހަންނާގެ ފުރާނަވެސް ހަށިކޮޅާއި ވަކިވެ އެ ފުރާނައިގެ ވެރިފަރާތަށް ދަތުރުކޮށްފިއެވެ. އެ މަންޒަރު ދެކެފައި ކިތަންމެ އަސަރުކޮށް ހިތާމަކުރިޔަސް އެއްވެސް އޮފިސަރެއްގެ ލޮލުން ކަރުނައެއްވެސް ނައެވެ. އެމީހުން ތިބީ އެހާވެސް ބިރުގެންފައެވެ. ޔޫގަންނާ އޭނަގެ އަމިއްލަ ކޮއްކޮ އަވަހާރަކޮށްލާފައި ދުރަށް ޖެހި ވަޑަައިގެންނެވިއިރު އޭނަ ކޯފާ މަޑުވެ ހަމަޔަކަށް އެޅޭގޮތްވެއްޖެއެވެ. ކޮއްކޮގެ ފުރާނަނެތް މަސްގަނޑަށް ބަލައިލެއްވިއިރު ޔޫހަންނާގެ ތުންފަތްޕުޅުގައި ހިނިތުންވުމެވެ. ރުޅިއަކީ ޝައިތާނީ އަމަލުތަކުގެ ތެރޭ ހިމެނޭ ނުބައިކަން ބޮޑު ސިފައެކެވެ. ރުޅި މައިތިރިނުވެއްޖެނަމަ މީހާގެ ސިކުނޑި ބަލިކަށިވެ ފަސޭހައިން ޝައިތާނާ އެމީހަކަށް ބަރުފޯރުވާ އަތުން ފައިން ގޯސް ހައްދުވާނެއެވެ. ޔޫގަންނާއަށް ހޭވެރިކަންވީއިރު އޭނަގެ އަތުން ކުރެވިފައި އެވާ ބޮޑު ފާފައިގެ ބުރަދަނުގައި ނުކުޅަދާނަވެ އުމުރަށް ހިތާމަކުރާނެކަމެއް ކަމުގައިވިއެވެ. ޔޫގަންނާއަށް ކަރުނަތަކެއް ނުހުއްޓުވުނެވެ. ލޮލުން ކަރުނަ އޮހިގަތީ ހިފެހެއްޓުމަކާނުލައެވެ. "ހިތާމަހުރި. އަހަންނަށް މިކުރެވުނީ ކޮންކަހަލަ ކަމެއްތަ؟ އަހަރެންގެ ކޮއްކޮގެ އެއްވެސް ކުށެއްނެތި އަމިއްލަ އަތުން މަރައިލެވުނީ.." ޔޫގަންނާ އެހެންވިދާޅުވެ ކީރިތިކުރައްވާން ފެށުމުން އޭނަގެ އަރިހުގައި ވާ އޮފިސަރުންވެސް ހިތާމަކޮށް ރުއިމުގެ އަޑުގަދަވިއެވެ. އިރުކޮޅެއްފަހުން ހަމަޔަކަށް އެޅި ޔޫގަންނާ އަރިހުގައިވާ މީހުންނަށް ބައްލަވާލެއްވިއެވެ. "އަހަރެންގެ ދީނާ ގައުމަށްހުރި ލޯބީގެ ބޮޑުކަމުން ލޯބިވާ ކޮއްކޮ މަރައިލިތަން ކަލޭމެން އެންމެނަށް ފެނިއްޖެއެއްނު. ހަލަބު ޝަހަރުގެ ވެރިންނާ ވިޔަފާރިވެރިން އަހަންނަށް ޣައްދާރުވެއްޖެ. ކަލޭމެން ގޮސް އެ އެންމެން ގަތުލުކޮށް މުޅި ޝަހަރު ވީރާނާކޮށްލާ. އެކަކުވެސް ސަލާމަތުން ބަހައްޓައިގެން ނުވާނެ...."ޔޫގަންނާ އަމުރުކުރެއްވިއެވެ. އީސާއީ ސިފައިންތައް ހަޅޭއްލަވަމުން ދުއްވައިގަތްއިރު ހީވީ މޮޔަވެފައި ތިބި ބަޔެއްހެންނެވެ. ހަގީގަތުގައި ޔޫގަންނާ އެންމެ ކުރިން ޝަހަރަށް އަރާ ވަޑައިގެން އެރަށުގެ އަހުލުވެރިންނަށް އެންގީ މުސްލިމުންނާ ސުލްހަވާން އިސްނެގި މީހެއްގެ ނަން ހާމަކުރުމަށެވެ. ރައްޔިތުން ވަކިމީހެއްގެ ނަން ބުނާކަށް ބޭނުމެއްނުވިއެވެ. ނަމަވެސް ޖާސޫސުންގެ ފަރާތުން އެއީކޮން ބަޔެއްކަން އޮޅުން ފިލާފައިވާތީ ސިފައިންތަކަށް އެވަފުދުގެ މީހުން އުޅޭ ގެތަކަށް ގޮސް އެމީހުން ގަތުލުކުރަން އެންގެވިއެވެ. ގޭގެ ދޮރުމަތިން ބައްދަލުވި މީހުންނާއި އެނދުގައި ނިދާފައި ތިބި މީހުންވެސް ސިފައިންގޮސް ގަތުލުކުރިއެވެ. ޔޫހަންނާ އަވަހާރަވުމުން އަދި ސިފައިންނަށް ލިބުނު އޯޑަރާއެކު މުޅި ޝަހަރު ވީރާނާކޮށްލަން އަރައިގަތުމުން ރައްޔިތުން ބިރުން ހަލާކުވާވަރުވިއެވެ. ބައެއް ސިފައިން ނޭޒާތަކުގެ ކޮޅަށް ކުޑަކުދިން އަމުނައިގެން ހިނގާތީވެސް ފެނެއެވެ. ޔޫގަންނާ އޭނަގެ ކޮއްކޮގެ މަރުވެފައިވާ މަސްގަނޑުކައިރީގައި ކުޑަކަކޫ ޖައްސަވައިގެން އިށިންނަވާ އެއަތްޕުޅުގައި ހިއްޕެވިއެވެ. ގަނޑުފެންކޮޅެއްހާ ފިންޏެވެ. "އަަހަރެންގެ ކޮއްކޮ މަރުވެގެން މިދިޔައީ ޝަހީދެއްގެ ގޮތުގައި. މި އަނިޔާލިބިގެންވާ ކޮއްކޮގެ މަރު އަހަރެންގެ މުޅި އުމުރުދުވަހު ހިތުން ފިލައިގެން ނުދާނެ. އަބަދަށްޓަކާ ރޮއްވާނެ. ހިތާމަހުރި. އަހަންނަށް ކަލެއާއި ވާހަކަދެއްކުނީ ކޮންފަދަ ހަރުކަށިކޮށް. އެކަމަކު ކަލޭ ވާހަކަދެއްކީ އިހުތިރާމާ އަދަބުވެރިކަމާއެކު. މިހަދާންތައް އަހަރެންގެ ލޮލުން އަބަދަށްޓަކާ ކަރުނަ އޮހޮރުވާނެ. އަހަރެންގެ ލޫސީއަށް މި ޚަބަރު ލިބޭއިރު އެކުއްޖާ ހިތާމައިން މަރުވާނެކަން ޔަގީން. ލޫސީ އެންމެ ލޯބިވާމީހަކީ ތިއީ. ކިހިނެއް އަހަރެން ހަދާނީ. މިކުރެވުނީ ކޮންފަދަ ބޮޑު ކުށެއް............." އެވަގުތު ސިފައިންގެ ވެރިޔާ ކަސިއަސް އަދަބުވެރިކަމާއެކު ކުރިއަށް ޖެހުނެވެ. "އަރަބިންގެ ލަޝްކަރު އެބައާދޭ......" އޭރު އަސުރުވަގުތު ފާއިތުވެ އިރުގެ އަލިކަން މަޑުވެއްޖެއެވެ. ފަޒާގައި ފިނިކަން ގަދަވާންފެށިއެވެ. ލޫސީ ކިއްލާގެ ފާރުމަތީ ޝަހަރާއި ދިމާލަށް ބައްލަވަން ހުންނަވަނިކޮށް ގަންސްރޭންއާއި ވީ ފަޅިން ހިރަފުސް ބުރުވާލާފައި އަންނަ ލަޝްކަރެއް ފެނުނެވެ. އަސްތަކުގައި އެ މީހުން ބާރަށް އަންނައިރު ފަގުޑިއާއި ދިގު ލިބާސް ވައިގެތެރޭ ހޫރެމުންދާތީ އެއީ އަރަބިންކަން ޔަގީންވެ ބިރުގަންނަގޮތްވެއްޖެއެވެ. މިވާން އުޅެނީ ކިހިނެއްހެއްޔެވެ؟ ލޫސީ ސިހިފައި ފާރާދިމާލަށް ތިރިއަށް ބަލައިލިއިރު ދެން ފެނުނީ ހިތަށް ފިނިކަން ލިބޭފަދަ މަންޒަރެކެެވެ. ފާރާއި ދާދިކައިރީގައި ލާވަން ހުރީ އޭނައަށް ނަޒަރު ހުއްޓާލައިގެންނެވެ. ލޫސީ ލަދުން މަރުވާވަރުވިއެވެ. އިސްޖެހުނެވެ. ދެލޯ މަރާވެސްލައިފިއެވެ. އިރުކޮޅެއްފަހުން ލޯ ހުޅުވައިލާއިރަށް ލާވަން އަތުގެ އިޝާރަތުން ސަލާމް ކުރުމުން ލޫސީއަށްވެސް އިޝާރަތުން ޖަވާބުދޭން މަޖުބޫރުވިއެވެ. އެހެން ހުރެފައި އަނެއް ފަޅިއަށް ބަލައިލިއިރު ކަމަކުދާކަަށް ނެތެވެ. އަރަބި ލަޝްކަރު ހަލަބާއި ވަރަށް ގާތަށް އަތުވެއްޖެއެވެ. އެތައް ދުރަށް ސަފުތައް ދެމިފައެވެ. އެވަރުންވެސް ލޫސީ ބޭނުންވީ ބޮޑުބޭބެ އަދި ބައްޕައާއި ދާނިޔަލްގެ ޚަބަރެއް ލިބެންދެން އެތަނުގައި މަޑުކޮށްލުމަށެވެ. ޚާލިދު ބިން ވަލީދުގެ ވެރިކަމުގައި އެހިސާބަށް އައި ލަޝްކަރަށް ޝަހަރުތެރެއިން މީހުންގެ ރުއިމުގެ އަޑުއިވިގެން އެމީހުންނަށް އަނިޔާކުރަނީކަން އެނގި އަވަސްވެގަތީ އެމީހުންނަށް އެހީތެރިވެދިނުމަށެވެ. ޔޫގަންނާއަށް މުސްލިމުންގެ ލަޝްކަރު ފެނިވަޑައިގެން ހަގުރާމައިގެ ބެރުޖަހަން އެންގެވިއެވެ. ރޫމީންގެ ލަޝްކަރު ޝަހަރުތެރެއިން ނުކުމެގެން އައިސް ސަފު ހަދާލާފައި ހަގުރާމައަށް ތައްޔާރުވިއެވެ. ޚާލިދު މުޖާހިދުންނަށް ހިތްވަރާއެކު ހަގުރާމަކޮށް ރޫމީން ބަލިކުރަން ނަސޭހަތްތެރިވިއެވެ. އިރުކޮޅެއް ނުވަނީސް މުސްލިމުން ﷲއަކްބަރު ކިޔަމުން ހަމަލާދިނުމުން އިސާހިތަކު ހަގުރާމަ ހޫނުވެ ދެފަރާތުން ހަށިތައް ގަތުލުވެ މައިދާނަށް އެޅެންފެށިއެވެ. ވެރިމީހާގެ އަމުރަށް ހަގުރާމަކުރިޔަސް ރޫމީ ސިފައިންތިބީ ބިރުން ހަލާކުވާވަރުވެފައެވެ. އަރަބި މުޖާހިދުން ސިންގާތަކެއްފަދައިން އެދޭ ހަމަލާތަކަށް ރައްދުދޭން ނުކުޅެދިފައެވެ. ޔޫގަންނާ އެމީހުންނަށް ހިތްވަރުދެއްވަމުން ގޮސް ނުކުމެވުނީ ޚާލިދުގެ ކުރިފުޅުމައްޗަށެވެ. ޔޫގަންނާ ތުރުކުރައްވައިގެން ހުރި ހެދުމާ ކަނޑިފެނިވަޑައިގަތުމާއެކު މިއީ ރޫމީންގެ ވެރިޔާކަން ވަގުތުން އެނގިވަޑައިގަތެވެ. "މިއީ ޚާލިދު ބިން ވަލީދު، ކުރިމަތިލާނެ ހިތްވަރު ހުރިއްޔާ ހަގުރާމަކުރަން އާދޭ. " ޚާލިދުގެ ނަންފުޅު ޔޫގަންނާވަނީ ކިތަންމެފަހަރަކު އައްސަވާފައެވެ. ނަމަވެސް މިނޫނީ ފެނިވަޑައިގެންފާ ނެތުމުން މި ނަން މަޝްހޫރު ކުޅަދާނަ ފަހުލަވާނަށް ނިކަން ރަގަޅަށް ބައްލަވާފައި ހަގުރާމަކުރަން ތައްޔާރުވެ ވަޑައިގެންފިއެވެ. ޔޫގަންނާ ފޮނުވައިލާ ކަނޑިއެތިފަހަރު ޚާލިދު ކުޅަދާނަކަމާއެކު މަތަކޮށްލައްވައެވެ. ޚާލިދު ފޮނުވައިލި ހަމަލާއެއް އޭނަގެ ދަގަނޑު ތާކިހާގައި ޖެހި ކަފައިގެންވެސް ދިޔައެވެ. އެކަލޭގެފާނު ކަނޑި ދަންމަވައިގަންނަވަން އުޅުއްވިއިރު ކަނޑި ބިންދައިގެން ދިޔުމުން ޔޫގަންނާ ދިން ހަމަލާ އައްޑަނައިން މަތަކޮށްލެއްވިއެވެ. އެއެތިފަހަރު އައްޑަނަކަފާލާފައި ޚާލިދު އިންނެވި އަހުގެ ބޮލަށް ނޭރީ އަސްވެސް ހުޝިޔާރުކަމާއެކު ފަހަތަށް ޖެހިލުމުންނެވެ. ދެބޭފުޅުންގެ ހަމަލާތައް ކުރިއަށް ދިޔައީ ނުރައްކާތެރިކޮށެވެ. އަރަބީންގެ މުޖާހިދަކު ޚާލިދުއަށް ކަނޑިއަކާއި އައްޑަނައަށް ފޯރުކޮށްލަދިނުމުން ހަގުރތާމަ ހޫނުވިއެވެ. ހަގުރާމަކުރަމުންގޮސް ދެ ފަހުލަވާނުންގެ އަސްތައް ވަރުބަލިވެއްޖެއެވެ. އެއްފަހަރު ޚާލިދުގެ ކަނޑި އެތިފަހަރެއް ޔޫގަންނާގެ އަހުގެ ނިތްކުރިއަށް އެރުމާއެކު އެސޮރަށް ތަދުވީވަރުން އަނބުރާލާފައި ދުއްވައިގަތެވެ. އޭރު ނިކަން ފޯރިއާއެކު ހަގުރާމަކުރިއަށްދަނީއެވެ. ނަމަވެސް ރަސްގެފާނު ފިލަން ދުވެވަޑައިގަންނަވާތަން ފެނިފައި ރޫމީންވެސް ބަލިވެ އެކި ދިމާލަށް މިސްރާބުޖެހީ ފިލުމަށެވެ. ބައެއްމީހުން ދުއްވައިގަތީ ކިއްލާއާއި ދިމާލަށެވެ. އަނެއް ބަޔަކު ޖަންގައްޔާއި ދިމާލަށެވެ. ޚާލިދު އަމުރުކުރެއްވީ ޖަންގައްޔާއި ދިމާލަށް ދުވާ މީހުންގެ ފަހަތުން ދިޔުމަށެވެ. އެމީހުން ވަށާލާފައި ހަގުރާމަ ފެށިއިރު ދުރުން އަބޫ އުބައިދާގެ ލަޝްކަރުވެސް ދައްކާލައިފިއެވެ. އެބޮޑު ލަޝްކަރު އައުމުން ޖަންގައްޔަށް ހިމާޔަތް ހޯދަން ވަން އެއްވެސް ރޫމީއަކު ސަލާމަތްވިޔަނުދީ ގަތުލުކޮށް ހުސްކޮށްލައިފިއެވެ. ޝަހަރުގެ ރައްޔިތުން އަބޫއުބައިދާގެ އަރިހަށް އައިސް ކަންތައް ހިނގިގޮތް ކިޔައިދިނެވެ. ޔޫގަންނާ ސިފައިން އެމީހުންގެ ތިންސަތޭކަވަރަކަށް މީހުން މަރާލިއެވެ. އެކަމާ މުސްލިމުން ވަރަށް ހިތާމަކުރިއެވެ. ނަމަވެސް ޔޫގަންނާގެ ލަޝްކަރުން މަރުވިމީހުންގެ އަދަދު ތިންހާހަށް އަރާނެއެވެ. ޝަހަރުގެ މީހުން ރޫމީންގެ ސާޅީހަކަށް ޖެނެރަލުން އަބޫއުބައިދާގެ ކުރިފުޅުމައްޗަށް ގެނައެވެ. ޝަހަރުގެ މީހުންބުނީ ޔޫގަންނާ ދޫކޮށްލާފައި އައިމީހުން ކަމަށާއި އެކަމަކު އެމީހުންގެ ތެރެއިން ވާ ބަޔެއް ނޫންކަމުގައިވެފައި އަދި ސުލްހަނާމާގައި އެމީހުން ނުހިމެނޭތީ ފޮރުވައިގެން ގެންގުޅެން ބޭނުންނުވީކަމުގައެވެ. އަބޫއުބައިދާ އެމީހުންނަށް އިސްލާމްދީނަށް ދައުވަތު ދެއްވިއެވެ. ހަތްމީހުން އިސްލާމްވިއެވެ. އެހެންމީހުން ދީން ގަބޫލުނުކުރުމުން ގަތުލުކުރެއްވީއެވެ. ޝަހަރުގެ މީހުން ޔޫގަންނާ އޭނަގެ ކޮއްކޯފުޅު ޝަހީދުކޮށްލި ޚަބަރުވެސް ކިޔައިދިނެވެ. އަދި އޭނަ އިސްލާމްވީކަމަށް ޖެނެރަލްއަކު ހެކިދިނެވެ. ޝަހާދަތް ކީކަމުގައިވެސް ބުންޏެވެ. އަބޫއުބައިދާ ޚާލިދުއާއި އެހެން މުޖާހިދުންނާއެކު މާރުކޭޓުގެ އެންމެ އުސް ހިސާބަށް ދިޔައިރު ޔޫހަންނާގެ މަރުވެފައިވާ މަސްގަނޑު އަދިވެސް އެތާ އޮތެވެ. އޭނަގެ އިނގިލިން އުޑާއި ދިމާލަށް އިޝާރަތްކޮށްގެން އޮންނެވިއިރު މޫނު އަލިކަމުން ސާދަވިލޭރޭގެ ހަނދުފަދައެވެ. ތުންފަތުގައި ހިނިތުންވުމެވެ. އަބޫއުބައިދާގެ އަމުރުފުޅަށް އެ ހަށިގަނޑު އެތަނުން ގެންދެވުމަށްފަހު ފޮތިގަނޑެއްގައި ނިވާކުރެއްވުމަށްފަހު ކަށުނަމާދުކޮށް ވަޅުލެއްވީ ޝަހީދެއްގެ ގޮތުގައެވެ. އެއަށްފަހު އަބޫއުބައިދާގެ އެންގެވުމަށް ޝަހަރުގެ ކުރިމަތީގައިވާ މައިދާންގައި މުސްލިމުން ފޭލިގެ ތައް ޖަހައި މަންޒިލްކޮށްފިއެވެ. އޭރު އިރުއޮއްސެން ވަރަށް ކައިރިވެއްޖެއެވެ. މުޖާހިދުން ތިބީ އަސުރުނަމާދު ނުކޮށްކަމަށް ވާތީ ވުޟޫކޮށްލައިގެން ނަމާދަށް ތައްޔާރުވާންފެށިއެވެ. ޔޫގަންނާ ބަލިވެގެން ފިލަން ދުވެ ވަޑައިގަންނަވަމުންވެސް ކަސިއަސްއަށް އަމުރުކުރެއްވީ ޔޫހަންނާގެ ހަށިކޮޅު ކިއްލާއަށް ގެންގޮސް ބޮޑުވަޒީރަށް ދަންނަވާ އަދި ހުރިހާ ރައްޔިތުން ކަޅުހެދުން ލުމަށެވެ. ކަސިއަސްއަށް ޔޫހަންނާގެ ހަށިގަނޑު ނުފެނުމުން ޔޫގަންނާގެ އަރިހު ދެންނެވުމުން އެކަމާ ހިތާމަފުޅުކުރެއްވިއެވެ. މުސްލިމުންނަށް އެހަށިކޮޅު ލިބުނީކަން ޔަގީންކުރެވުނަސް އެހެންމީހުންނަށް އެކަން އަންގަވަން ބޭނުންފުޅުނުވިއެވެ. ކަސިއަސްއަށް އެންގެވީ ފޮށްޓެއް ގެނެސް އޭގައި ޔޫހަންނާގެ ހަށިކޮޅުވާކަމަށް އެހެންމީހުންނަށް ހީކުރުވުމަށެވެ. އެހެންމީހުންގެ ކުރިމަތީގައި އެހާ ދަށްވެ އޭނަގެ އަގު ވެއްޓޭކަށް އޭނަ ބޭނުންފުޅުނުވީއެވެ. *** ޔޫގަންނާއާއި ސިފައިން ހަގުރާމައިގެ މައިދާނުން ބަލިވެގެން ކިއްލާތެރެއަށްވަދެ ތަޅުލީއިރުވެސް ލޫސީ ހުރީ ފާރުމަތީގައި މަންޒަރު ދެކޭށެވެ. އިރުއޮއްސި އަނދިރިކަން ވެރިވާންފެށުމުން ލޫސީ ވަށައިގެން ހޯދާލިއިރު ލާވަން ފެނުނެވެ. އޭރު ލާވަންގެ ގާތު މަރިޔަމްވެސް ހުއްޓެވެ. މަރިޔަމް ލާވަންއަށް ބަލާލަފައި ހީލިއެވެ. ލޫސީގެ ހިތަށް ކަށިތަކެއް ހެރުނުފަދަ އިހުސާސްތަކެއް ކުރެވި މޭގައި އަތް އަޅާލައިގެން އަވަހަށް ހަރުފަތްތަކުން ތިރިއަށް ފައިބާންފެށިއެވެ. ނުނިމޭ
ގަނޑުވަރު ތެރެއިން 9
ތާޒާ ފެން އުފައްދާ އައިލެންޑް ބެެވެރޭޖާސް މޯލްޑިވްސް (އައިބީއެމް) ގައި މަސައްކަތް ކުރާ ހަ ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެެވެ. އައިބީއެމް އިން ކުރި ޓްވީޓެއްގައި ވަނީ އެޗްޕީއޭގެ އިރުޝާދާ އެއްގޮތަށް މިހާރު އެ ކުންފުނީގެ އޮޕަރޭޝަންތައް މެދުކަނޑާލާފައިވާ ކަމަށެވެ. އަދި އޮޕަރޭޝަންތައް ފެށޭތޯ އެޗްޕީއޭއާ ވާހަކަ ދައްކަމުން އަންނަ ކަމަށް ވެސް އެކުންފުނިން ބުންޏެވެ. ރާއްޖެއިން ޖުމްލަ 1186 މީހަކަށް މިހާތަކަށް ކޮވިޑް ޖެހިފައިވާއިރު އޭގެތެރޭގައި ގިނައީ ބިދޭސީންނެވެ. އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. އެ ގައުމަށް ނިސްބަތްވާ 500 އަށް ވުރެ ގިނަ މީހަކަށް ވަނީ އެ ބަލި ޖެހިފައެވެ. ކޮވިޑް ޖެހުމަށްފަހު ރަނގަޅުވެފައި ބަޔަކު ތިބިތޯ ބެލުމަށްޓަކައި ސީރޮލޮޖީ ޓެސްޓެއް ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެ ޓެސްޓް އެންމެ ފުރަތަމަ ހަދަނީ ތޮއްޖެހިގެން އުޅޭ ބިދޭސީންގެ މެދުގައެވެ. އެމީހުންގެ ގައިގައި އެންޓިބޮޑީސް ހުރިތޯ ބެލުމަށް ޓެސްޓުކުރަން އިއްޔެ ވަނީ ފަށާފައެވެ.
ތާޒާ ފެން އުފައްދާ ކުންފުނީގެ ހަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
މިހާރު ފެތުރެމުން މިދާ ކޮރޯނާ ވައިރަހުގެ ޝިކާރައަކަށްވި ޖަޕާނުގެ ޒުވާން ސުމޯ ރެސްލަރަކު މަރުވެފައިވާ ކަމަށް ޖަޕަނީސް ސުމޯ އެސޯސިއޭޝަން (ޖޭއެސްއޭ) އިން ބުނެފި އެވެ. ޖަޕާނުގެ އެންމެ މަގުބޫލު ކުޅިވަރުތަކުގެ ތެރެއިން އެގައުމަަށް އެންމެ ހާއްސަ އެއް ކުޅިވަރަކީ ސުމޯ ރެސްލިންގް އެވެ. ސަބަބަކީ އެކުޅިވަރަކީ އެގައުމުގެ އުފެއްދުމެއް ކަމަށްވެފައި އެގައުމުގެ އާއްމުންގެ މެދުގައިވެސް އެ ކުޅިވަރުގެ ފޯރި ގަދަވީމަ އެވެ. އެކަމަކު މިއަދަކީ އެގައުމުގެ ސުމޯ ސަޕޯޓަރުންނަށް ހިތާމަވެރި ދުވަހެކެވެ. އުންމީދީ ޒުވާން ސުމޯ ރެސްލަރެއް ކަމަށްވާ ކިޔޮޓަކާ ސުއެޓާކޭ މިވަނީ ކުއްލިގޮތަކަށް މަރުވެފަ އެވެ. ސުމޯ ރެސްލިންގްގެ ކޯޓުގެ މަޝްހޫރު ނަމުން ނަމަ އުމުރުން 28 އަހަރުގެ ޝޯބުޝީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވިކަން އިނގިފައި ވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. އެއަށްފަހު އެބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް އޭނާ މިއަދުގެ ވަގުތެއްގައި މަރުވެފައި ވަނީ ގުނަވަންތަކެއް ފެއިލްވެގެންނެވެ. "އަހަރެންނަށް އިހުސާސް ކޮށްލަން ވެސް އުނދަގޫ އެއް މަސްދުވަސް ވަންދެން އެ ބަލީގައި ދެމިއޮންނަ އިރު އަޅާނެ ވޭން. އެކަމަކު ސުމޯ ރެސްލަރެެއްގެ ހިތްވަރު ދައްކާ، އެންމެ ފަހުވަގުތާ ޖެހެންދެންވެސް ބަލިން ފަސޭހަ ވުމަށް އޭނާ މަސައްކަތް ކުރި." ސުއެޓާކީގެ މަރާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޖޭއެސްއޭގެ ޗެއާމަން ހަކަކޫ ބުންޏެވެ. ސުއެޓާކީ އަކީ ޖަޕާނުގައި ކޮރޯނާ ވައިރަސް ޖެހިގެން މަރުވި ފުރަތަމަ އެތުލީޓެވެ. އަދި އޭނާ އަކީ އެ ގައުމުގައި 20 ގެ އަހަރުތަކުގައި މަރުވި ފުރަތަމަ މީހާކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފަ އެވެ. މީގެ 13 އަހަރު ކުރިން ޕްރޮފެޝަނަލް ސުމޯ ކެރިއަރު ފެށި ސުއެޓާކީ މަރުވި އިރު އޭނާ އަކީ ޖަޕާނުގެ ސުމޯ ރެސްލިންގްގެ ހަތަރުވަނަ ޑިވިޝަނުގައި 11 ވަނައަށް ރޭންކް ކޮށްފައިވާ އެތުލީޓެވެ. ޖަޕާނުގައި މިހާތަނަށް 16 މީހުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އެ ބަލި ޖެހިގެން 678 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ 50 އަހަރުން މަތީގެ މީހުން ކަމަށް ޖަޕާނުގެ ސިއްހީ އިދާރާއިން ބުނެ އެވެ.
ކޮރޯނާވައިރަސް: ޖަޕާނުގެ ޒުވާން ސުމޯ ރެެސްލަރަކު މަރުވެއްޖެ
ރާއްޖެއަށް އަލުން އާދައިގެ ގޮތަކަށް ފަތުރުވެރިން އަންނާނެ ކަމަށް ބެލެވެނީ މިއަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ. މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އޮތީ އެއްކޮށްހެން ހުއްޓިފަ އެވެ. ދުނިޔޭގެ މާކެޓަށް އަލުން ރާއްޖޭގެ ފަތުރުވެރިކަން ހުޅުވުމުން ފަތުރުވެރިކަމަށް އަންނާނެ ބަދަލުތަކަށް ލަފާކޮށް ސަރުކާރުން ދިރާސާތައްކޮށް ހާއްސަ ފަސް ސިނާރިއޯއެއް ވަނީ އެކުލަވާލާފަ އެވެ. އެކަމާ ގުޅޭގޮތުން މިއަދުގެ ނޫސްވެެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ޖުލައި، އޯގަސްޓް ސެޕްޓެމްބަރު މަހުގެ ތެރޭގައި ބަލި ކޮންމެވެސް ވަރަކަށް ކޮންޓްރޯލުކުރެވި އޮކްޓޯބަރު ހަމައަށް ދާއިރު ކޮންމެވެސް ވަރަކަށް ހުޅުވާލެވިދާނެ ކަމަށެވެ. "ޖުލައިން ފެށިގެން އަޅުގަނޑުމެންނަށް ކޮންމެވެސް ވަރެއްގެ އީޒްތަކެއް އެތެރޭގައި އަދި އަޅުގަނޑުމެން އެއާޕޯޓު ނުހުޅުވުނަސް ޖުލައި މަހުން ފެށިގެން ކޮންމެވެސް ވަރެއްގެ އީޒްތަކެއް ދެވެން ފަށާނެ،" އަމީރު ވިދާޅުވިއެވެ. ސަރުކާރުން އެކުލަވާލާފައިވާ ފަސް ސިނާރިއޯގެ ތެރެއިން އެންމެ އެކަށީގެންވާ ސިނާރިއޯ އަކީ ތިންވަނަ ސިނާރިއޯ ކަމަށް އަމީރު ވިދާޅުވި އެވެ. އެއީ ޖުލައި މަހުން އޮންއެރައިވަލް ވިސާ ދޭން ހުޅުވާލުމާއެކު އަހަރުގެ ބާކީ މަސްތަކުގެ ތެރޭގައި އެކަށީގެންވާ ވަރަށް ފަތުރުވެރިން އަތުވެއްޖެ ނަމަ ރާއްޖެއަށް 845،546 ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރާ ސިނާރިއޯ އެވެ. މިނިސްޓަރު ވިދާޅުވީ އެންމެ އެކަށީގެންވާ ސިނާރިއޯއަކީ ތިންވަނަ ސިނާރިއޯ އަށް ވާއިރު އެ ސިނާރިއޯގައި ފަތުރުވެރިން އަންނަ އަދަދަކީވެސް ފާއިތުވި އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދަށްވުރެ 50 ޕަސެންޓް މަދު އަދަދެއް ކަމަށެވެ. ރާއްޖެއަށް އެންމެ ގެއްލުން ކުޑަކޮށް ލަފާކުރެވޭ ސިނާރިއޯއަކީ ފުރަތަމަ ސިނާރިއޯ އެވެ. އެއީ މިއަންނަ މަހުގައި ރާއްޖޭގެ ފަތުރުވެރިކަން ހުޅުވާލުމާއެކު ބެލެވޭ ސިނާރިއޯ އެވެ. އެ ސިނާރިއޯގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 962،398 އެވެ. ސިނާރިއޯ ދެއެއްގައި ޖޫން މަހު ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލުމާއެކު ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރާ އަދަދަކީ 883،288 އެވެ. ސިނާރިއޯ ހަތަރެއްގައި އޮކްޓޯބަރު މަހުގައި ފަތުރުވެރިކަން ހުޅުވާލުމަށް ބަލައިފިނަމަ ރާއްޖެއަށް މިއަހަރު އަންނާނެ ކަމަށް ބެލެވެނީ 626،082 އެވެ. އެއީ މިދިޔަ އަހަރު ފަތުރުވެރިން އައި އަދަދަށްވުރެ 63 ޕަސެންޓް ދަށް އަދަދެކެވެ. އެންމެ ފަހު ސިނާރިއޯއަކީ އަންނަ އަހަރުގެ ޖެނުއަރީގައި ރާއްޖޭގެ ފަތުރުވެރިކަން ހުޅުވާލުމެވެ. އަންނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން ހުޅުވާލައިފިނަމަ މުޅި މިއަހަރުވެސް ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ އަދަދު ހުންނާނީ 382،678 ގައެވެ. އެއީ ރާއްޖެ ލޮކްޑައުން އަށް ގެނައުމުގެ ކުރީން ރާއްޖެ އައިސްފައިވާ ފަތުރުވެރިންނެވެ.
ޖޫންގައި ބޯޑަރު ހުޅުވިދާނެ، ޓޫރިސްޓުން އަންނާނީ އޮކްޓޯބަރު ހިސާބުގައި
އޭއެފްސީ ކަޕް މެޗަކަށް މިދިޔަ މަހުގެ ކުރީކޮޅު ބަންގްލަދޭޝަށް ކުރި ދަތުރަށް ފަހު، ސްރީ ލަންކާގަޔާއި، ރާއްޖޭގެ ފުރަވެރި ރިސޯޓުގައި ދޮޅު މަހެއް ވުރެން ގިނަ ދުވަސް ވަންދެން ކަރަންޓީނުގައި ތިބުމަށްފަހު ޓީސީގެ ކުޅުންތެރިން މިއަދު ދޫކޮށްލައިފި އެވެ. "ސަން" އަށް އިނގިފައިވާ ގޮތުގައި ޓީސީގެ ކުޅުންތެރިން މިއަދު ދޫކޮށްލާފައި ވަނީ ކަރަންޓިނުކޮށްފައި ތިބި އެ ޓީމުގެ 29 ކުޅުންތެރިޔަކު ކޮރޯނާ ވައިރަސްއަށް ޓެސްޓް ކުރުމަށްފަހު އެހުރިހ ކުޅޯުންތެރިން ވެސް ބައްޔަށް ނެގެޓިވް ވުމުންނެވެ. އޭއެފްސީ ކަޕް މެޗު ކުޅުމަށް ޓީސީ ޓީމު ބަންގްލަދޭޝަށް ދިއުމަށް ރާއްޖޭން ދަތުރުފެށީ މާޗް ހަތް ވަނަ ދުވަހު އެވެ. އޭގެފަހުން އެޓީމު ތާށިވެ އާއިލާއާ ދުރުގައި ވަނީ ގިނަ ދުވަސްތަކެއް ހޭދަކޮށްފަ އެވެ. ޓީސީ ޓީމުގެ މެމްބަރުން އެނބުރި އާއިލާ ގާތަށް ދިއުމުގެ ފުރުސަތު މިއަދު ލިބުނީ ދަތުރުފެށިތާ 49 ދުވަސް ފަހުންނެވެ. ބަންގްލަދޭޝްގެ ދަތުރު ނިންމާފައި ކުޅުންތެރިން މާލެ އައި މަގުމަތީގައި ސްރީ ލަންކާގައި ޓީމު ކަރަންޓީން ކުރަން ޖެހުނީ އޭރު ބަންގްލަދޭޝްއިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ކޭސްތަކެއް ފެނުމުންނެވެ. އަދި ލަންކާގައި ތީސީގެ ކަރަންޓީން ފުރިހަމަ ކުރަމުން ދަނިކޮށް އެގައުމު ލޮކްޑައުން ކުރުމާ ގުޅިގެން 26 ދުވަހު އެގައުމުގައި ތިބެން ޖެހުނެވެ، ޓީސީ ޓީމު ރާއްޖެ އައީ މޯލްޑިވިއަނުން ހަމަޖެއްސި ފްލައިޓެއްގައި މިމަހުގެ ފަސް ވަނަ ދުވަހު އެވެ. އަދި، ރާއްޖޭން ބޭރުން އަންނަ އެންމެން 14 ދުވަހުގެ ކަރަންޓީނު ފެސިލިޓީއަކަށް ގެންދަން ދިވެހި ސަރުކާރުން ނިންމާފައިވާތީ ޓީސީ ޓީމު ވަނީ އެރޭ ފުރަވެރި ރިސޯޓަށް ގެންގޮސްފަ އެވެ. "ވަރަށް އުފާވެއްޖެ މިހާ ގިނަ ދުވަސްތަކެއް ކޮށްލާފައި އާއިލާއާ ދިމާވީމަ. ބުނެދެން ވެސް ނޭންގޭ ފަދަ އިހުސާސެއް ކުރެވުނީ،" ޓީސީގެ މިޑްފީލްޑަރު މުހައްމަދު އައްޒާމް ބުންޏެވެ. އޭނާ ބުނީ ހުރިހާ ކުޅުންތެރިން ވެސް މިހާރު އާއިލާތައް ގާތަށް ރަށްރަށަށް ފުރާފައިވާ ކަމަށެވެ. ރާއްޖޭގައި މިހާތަނަށް 116 މީހެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 16 މީހުން ވަނީ ރަނގަޅުވެފަ އެވެ.
ދޮޅު މަހަށް ފަހު ޓީސީގެ ކުޅުންތެރިން އާއިލާގެ ގާތަށް
ވޮޝިންޓަން (20 މޭ 2020) : ކޮރޯނާ ވައިރަސް "ކޮވިޑް-19"ގެ ޝިކާރައަކަށް އެންމެ ގިނަ މީހުންވި ގައުމަކަށް އެމެރިކާ ވުމަކީ ލިބުނު ޝަރަފެއް ކަމަށް ވިދާޅުވެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަތަކަށް އެމެރިކާގެ އިދިކޮޅުން ރައްދު ދީފިއެވެ. ޓްރަމްޕަށް ރައްދު ދެއްވަމުން އެމެރިކާގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމެރިކާގައި ކޮވިޑް-19 ކޮންޓްރޯލްނުވެ އެމެރިކާގެ ދޮޅު މިލިޔަނަށް ވުރެ ގިނަމީހުން އެ ބަލީގެ ޝިކާރައަކަށް ވުމަކީ ޓްރަމްޕްގެ ލީޑާޝިޕް އެއްކޮށް ފެއިލްވުން ކަމުގައެވެ. އަދި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ނެޝަނަލް ކޮމިޓީގެ މެންބަރަކު ވަނީ "ކަންކަމުގައި ޒިންމާ ނުއުފުލި ފެއިލްވުމަކީ ޝަރަފެއްކަމަށްވާ ނަމަ އެކަންވަނީ ޓްރަމްޕަށް ޙާސިލް ކުރެވިފައި" ކަމަށް ވިދާޅުވެ ޓްރަމްޕަށް މަލާމާތް ކުރައްވާފައެވެ. ކޮވިޑް-19ގެ ޝިކާރައަކަށް އެންމެ ގިނަމީހުންވި ގައުމަކަށް އެމެރިކާ ވުމަކީ ލިބުނު "ޝަރަފުގެ ބެޖެއް" ކަމަށް ވިދާޅުވެ ޓްރަމްޕް ވާހަކަ ދެއްކެވުމުން އެމެރިކާގެ އެތެރެއިންވަނީ ބަހުގެ ވަރުގަދަ ޙަމަލާތަކެއް ޓްރަމްޕަށް އަމާޒުވެފައެވެ. ޓްރަމްޕް ވިދާޅުވިގޮތުގައި އެމެރިކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު އެހެންގައުމުތަކަށްވުރެ ގިނަވީ އެހެން ގައުމުތަކަށްވުރެ އެ ރޯގާއަށް އެމެރިކާގައި ޓެސްޓް ކުރެވޭވަރު ގިނަވުމުންނެވެ. ނަމަވެސް ޓްރަމްޕް ގެ މިވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއްކަން އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ކްންގްރެސް ބައެއް މެންބަރުންވަނީ ފާހަގަކުރައްވާފައެވެ. ކޮވިޑް-19 އާބެހޭ ތަފާސްހިސާބުތައް ދައްކާގޮތުން ކޮރޯނާވައިރަހަށް ޓެސްޓު ކުރި މިންވަރު އެމެރިކާގައި އަދަދުން ގިނަ ނަމަވެސް އާބާދީގެ ނިސްބަތަށް ބަލާއިރު ކޮވިޑަށް ޓެސްޓް ކުރުމުގައި އެމެރިކާ އުޅެނީ ދުނިޔޭގެ އެތަށް ގައުމަކަށްވުރެ ފަހަތުގައެވެ. ސްކެންޑެނީވިއާގެ ގައުމުތަކާއި ނިއުޒިލޭންޑާއި ސިންގަޕޫރާއި ދެކުނު ކޮރެއާފަދަ އެތައް ގައުމެއް އުޅެނީ ކޮވިޑް-19 އަށް ޓެސްޓް ކުރުމުގައި އެމެރިކާއަށްވުރެ މާ ކުރީގައެވެ. ކޮވިޑް-19 ޖެހިގެން އެމެރިކާގައި 93 ހާހަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު މަރުވި އެތަށް ބައެއްގެ ހަށިތައް ކުނި ވެގެން ދިޔައިރު އެމީހުން ވަޅުލުމުގެ އިންތިޒާމު ހަމަނުޖެއްސި އެތަށް ސަރަހައްދަކުން ކަށްވަސް ދުވާތީ މީހުންނަށް ދިރިއުޅެން ދަތިވާ ހިސާބަށްވެސް އެމެރިކާގެ ހާލަތު މީގެ ތިން ހަފްތާ ކުރިން ގޮސްފައިވެއެވެ. މިގޮތުން މަރުވި އެތަށް ބައެއްގެ ހަށިތައް ވަޅުނުލެވި ކުނި ވެގެން މުޅި ނިޔުޔޯކުގައި ކަށްވަސް ހިފިކަން އެމެރިކާގެ މީޑިއާއިންވެސްވަނީ ކަށަވަރުކޮށްދީފައެވެ. (ނޫސްއެެޖެންސީތައް)
ކޮވިޑް-19ގެ ޝިކާރައަކަށްވި މީހުން އެންމެ ގިނަ ގައުމަކަށް އެމެރިކާވުމަކީ ޓްރަމްޕް ފެއިލްވުން: އެމެރިކާގެ އިދިކޮޅު
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ އަދަވަޅުން އަރައިގަތުމަށް ޑެޓް ރިލީފްއަށް ނުވަތަ، ދަރަނިތައް ލަސްކޮށްދިނުމަށް ރާއްޖެއިން ރަސްމީކޮށް އެދޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. ނޭޝަނަލް އިމެޖެންސް އޮޕަރޭޝަން ސެންޓަރުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ، ކުރިއަރަމުން އަންނަ ގައުމުތަކަށް ޑެޓް ރިލީފް މޮރޮޓޯރިއަމެއް ދިނުމަށް އެންމެ ފަހުން ބޭއްވި އައިއެމްއެފް އާއި ވޯލްޑްބޭންކުގެ ބައްދަލުވުންތަކުގައި ޖީ20 ގައުމުތަކުން އެއްބަސްވެފައިވާ ކަމަށެވެ. އެގޮތުން ރާއްޖެ އިން ވެސް ޑެބިޓް ރިލޯފް މޮރޮޓޯރިއަމެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ރަސްމީކޮށް އެކަމަށް ހުށަހަޅާނެ ކަމަސް މިނިސްޓްރު އަމީރު ފާހަގަކުރެއްވި އެވެ. އެކަން އެގޮތަށް ވެއްޖެ ނަމަ ރާއްޖޭގެ ޖުމްލަ ހަރަދު އަހަރު ނިމޭއިރު ހުންނާނީ ގާތްގަޑަކަށް 25 ބިލިއަން ރުފިޔާގައި ކަން މިނިސްޓަރު ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް މިގޮތަށް ޑެޓް މޮރޮޓޯރިއަމެއް ލިބިއްޖެ ނަމަ މިއަހަރު ތެރޭގައި ގާތްގަޑަކަށް 4 ބިލިއަނެއްހާ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް. ޑެޓް ސާވިސްއަށް އެހެން ނޫން ނަމަ ހަރަދު ކުރަން ޖެހޭ 4 ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް އަންދާޒާ ކުރެވޭ،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ. އާންމްދަނީއަށް ކުރާނެ ކަމަށް ބެލެވޭ ނޭދެވޭ އަސަރުގެ ސަބަބުން އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ހަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް މިހާރު ވެސް އަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. "މަޖިލީހުން 2020 ވަނަ އަހަރަށް ފާސްކުރެއްވި ބަޖެޓުގައި 37.8 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ހިމަނާފައިވޭ. އަދި މިހާރު އަޅުގަނޑުމެން ހަރަދު ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި އަހަރުގެ މިހާތަނަށް އައި އިރު ހަރަދުތައް ހިނގާފައި ހުރި ގޮތަށް ބަލާއިރު އިތުރު ފިޔަވަޅެއް ނާޅާނަމަ މިއަހަރު ތެރޭގައި ގާތްގަޑަކަށް 35 ބިލިއަން ރުފިޔާ ހަރަދު ކުރަން ޖެހޭނެ،" މިނިސްޓަރު ވިދާޅުވި އެވެ. ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ހަރަދު ކުޑަކުރަން ސަރުކާރުން އަޅާފައިވާ ބައެއް ފިޔަވަޅުތައް މިނިސްޓަރު ވަނީ އެ ބައްދަލުވުމުގައި ކިޔައި ދެއްވާފަ އެވެ. އެގޮތުން އޮފީސްތަކުގެ ބަޖެޓުން މިހާރު ވެސް 850 މިލިއަން ރުފިޔާ އުނިކޮށްފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި އޮފީސްތަކަށް އާ މުވައްޒަފުން ނެގެން މަޑު ޖައްސާލުމުން އެއް ބިލިއަން ރުފިޔާއަށްވުރެން ބޮޑު އަދަދެއް ސަލާމަތް ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ދަރަނިތައް ދެއްކުން ލަސްކޮށްދޭން ރާއްޖެއިން އެދެނީ، 4 ބިލިއަން ސަލާމަތްކުރެވޭނެ
ކޮވިޑް19 އާ ގުޅިގެން އުމުރުން ދުވަސްވީ މީހުންގެ ރެންޑަމް ސާމްޕްލިން އަށް އާންމުންގެ ފަރާތުން އެންމެ އެދެވޭ މިންވަރަކަށް އެއްބާރުލުން ލިބެމުން ނުދާ ކަމަށް، ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ. މިހާރު ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންގެ ރެންޑަމް ސާމްޕްލިން އަށް ބައެއް ފަރާތްތަކުން އިންކާރު ކުރަމުން އަންނަ ކަމަށެވެ. "ބައެއް ބޭފުޅުން ބިރުގަންނަނީ ކަންނޭނގެ ގޭގައިވާ އުމުރުން ދުވަސްވީ ބޭފުޅަކު ސާމްޕަލް ނަގައިގެން ޕޮޒިޓިވް ވެއްޖެއްޔާ އޭނާ އަނެއްކާ އެހެން ދިމާލަކަށް ގެންގޮއްސިއްޔާ، އޭނާގެ ހާލަތު ދަށްވެދާނެ ކަމަށް. ނޫނިއްޔާ އެފަދަ ތަފާތު ބިރުތަކާ ހެދި ސާމްޕަލް ނެގުމަށް އިންކާރު ކުރޭ،" ޑރ. އަފްޒަލް ވިދާޅުވި އެވެ. އެހެން ނަމަވެސް ރެންޑަމް ސާމްޕްލިން އަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އެންމެ ރިސްކް ބޮޑު އާބާދީގެ ތެރޭގައި ބަލި އުޅޭ މިންވަރު ދެނެގަނެވޭނީ ރެންޑަމް ސާމްޕަލް ނަގައިގެން ކަމަށް އަފްޒަލް ވިދާޅުވި އެވެ. ހަމައެއާ އެކު ގިނަ މީހުންގެ ފަރާތުން ކޮވިޑް19ގެ އަލާމާތްތައް ނުފެންނަ އިރު، އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ގިނަ މީހުންނަކީ އެހެން ބަލިތަކަށް ވެސް ފަރުވާކުރަމުން އަންނަ މީހުންނަށް ވާއިރު، ކޮވިޑްގެ އަލާމާތްތަކާއި އިތުރު ބައްޔެއްގެ އަލާމާތްތައް އެކުވެފައި ހުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. އެހެންކަމުން އުމުރުން ދުވަސްވީ މީހުންގެ ރެންޑަމް ސާމްޕަލް ނަގަން އެދުމުން އެކަމަށް އެއްބާރުލުން ދެއްވުމަށް ޑޮކްޓަރު އިލްތިމާސް ކުރެއްވި އެވެ.
ދުވަސްވީ މީހުންގެ ރެންޑަމް ސާމްޕަލް ނަގަންދޭ އެއްބާރުލުން ކުޑަ: ޑރ. އަފްޒަލް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ގައުމާ މުހާތަބު ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ. ރައީސް އޮފީހުން މިއަދު ހާމަކުރި ގޮތުގައި ރައިސް ސޯލިހު ގައުމާ މުހާތަބު ކުރައްވާނީ، މިރޭ 9:00ގަ އެވެ. ރައީސް ގައުމާ މުހާތަބު ކުރައްވާނީ، ކޮވިޑް-19 ގެ މިހާރުގެ ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. މިދިޔަ މަހު 15 އިން ފެށިގެން މާލެއިން އެންމެ ފުރަތަމަ ކޭސް ފެނުނު ފަހުން ރާއީސް ސޯލިހް ވަނީ ދެފަހަރެއްގެ މަތިން ގައުމާ މުހާތަބް ކުރައްވާ ވާހަކަ ދައްކާފައެވެ. އެންމެ ފަހުން ރައީސް ސޯލިހް ގައުމާ މުހާތަބް ކުރައްވާފައިވަނީ، މިމަހު ހަތަރު ވަނަ ދުވަހުއެވެ. އޭގެ ކުރިން ރައީސް ސޯލިހް ވަނީ ކޮވިޑް19އާ ގުޅިގެން ނޫސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ. ބެލެވޭ ގޮތުގައި ރައީސްގެ މިރޭ ހިތޯބުގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި ކުރިއަށް އޮތް ދުވަސްތަކުގައި ކަން ކުރަން ޖެހޭ ގޮތާ ގުޅޭ އަދި މިހާރު ގައުމުގެ ހާލަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވާނެއެވެ. މިހާތަނަށް ރާއްޖެއިން ކޮރޯނާވައިރަސް 1،186 ކޭސް ފެނިފައިވާއިރު، 96 މީހަކު ވަނީ ވައިރަހުން ރަނގަޅުވެފައެވެ. އަދި މަރުވެފައިވާ މީހުންގެ އަދަދަކީ، ހަތަރެކެވެ. ކުރިން މިދިޔަ ދެހަފްތާގައި ކޭސްތައް މަތިވާނެ ކަމަށް ލަފާ ކުރެވުނު ނަމަވެސް މިހާރު ދުވަހުން ދުވަހަށް ފެންނަ ކޭސްތައް ނިސްބަތުން މަދެވެ. މާޗް މަހުން ފެށިގެން ރާއްޖޭގައި އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް މިހާތަނަށް ވަނީ މި ވައިރަހުން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ރާއްޖެއަށް މުއްދަތެއް ނެތް ގޮތަށް އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލުމާއި، މާލެ ސަރަހައްދު ލޮކްޑައުންކޮށް، ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ޒަރޫޒީ ބޭނުމެއް ނެތި ދަތުރުކުރުން ހުއްޓާލުމަކީ، މިހާތަނަށް ވައިރަސް ކޮންޓްރްކުރުމަށް އެޅި އެންމެ ބޮޑު ފިޔަވަޅުތަކެވެ.
ރައީސް މިރޭ 9:00 ގައި ގައުމާ މުހާތަބުކުރައްވަނީ
ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ތިން ބިދޭސީއަކު ހޯދަމުން އަންނަ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ހާމަ ކޮށްފި އެވެ. ކޮވިޑް-19 އަށް ޓެސްޓްކޮށް ނަތީޖަ ލިބެންދެން ގިނަ މީހުން ހުންނަނީ މުޖުތަމައުއަށް ދޫކޮށްލާފަ އެވެ. އަދި ޕޮޒިޓިވްވުމުން އެ މީހަކު އައިސޮލޭޝަނަށް ގެންދިއުމުގެ މަސައްކަތް އެޗްޕީއޭ އިން ކުރެއެވެ. އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ، ކޮވިޑް-19އިގެ ޓެސްޓް ހެދުމަށް ސާމްޕަލް ނަގާ ފަރާތްތަކަށް ގުޅޭނެ ނަންބަރާއި އުޅޭ އެޑްރެސް އެޗްޕީއޭއިން ނޯޓް ކޮށްފައި ހުންނަ ކަމަށެވެ. "މިގޮތަށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވެފައިވާ ހަތް މީހަކު އަޅުގަނޑުމެނަށް ގުޅޭނެ ގޮތް ނުވެގެން ޕޮލިހަށް އެޗްޕީއޭފެ ފަރާތުން އެ މައުލޫމާތު ހިއްސާކޮށްފައިވޭ،" އެ ހަތް މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ކޮންޓެއިންމެންޓް ސައިޓްތަކުގައި އުޅެމުން ދިޔަ މީހުން ކަމަށާއި އަނެއް ތިން މީހުންނަކީ ތަފާތު ތިން އެޑްރެހެއްގައި އުޅެމުންދާ މީހުން ކަން މަބްރޫކް ފާހަގަކުރެއްވި އެވެ. ޕޮލިހުންގެ ފަރާތުން ހަތަރު މީހަކު ހޯދައި އެޗްޕީއޭއާ ހަވާލުކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި އަނެއް ތިން މީހުން އަދި ފެނިފައި ނުވާ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ. ފުލުހުންގެ މަސައްކަތުން އެ މީހުން ނުފެނިއްޖެ ނަމަ، ޑިރެކްޓަރ ޖެނަރަލް އޮފް ހެލްތަށް ލިބިދޭ ބާރުގެ ދަށުން އެ ބައެއްގެ ޒާތީ މައުލޫމާތު ވަކި މިންވަރަކަށް ހާމަ ކުރާނެ ކަން މަބްރޫކް ފާހަގަކުރެއްވި އެވެ.
ކޮވިޑް ޖެހިފައިވާ ތިން ބިދޭސީއަކު ހޯދަނީ
ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އައިސް މިހާރު ވަނީ ވެންޓިލޭޓަރުގެ އެހީ ބޭނުންވެފައި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ. މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު އެންމެ ބޮޑަށް ބިނާވެފައިވާ ފަތުރުވެރިކަން ވަނީ އެއްކޮށްހެން މަޑުޖެހިފައެވެ. އޭގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި ގެއްލުންތަކެއް ދަނީ ކުރަމުންނެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއެކު ރާއްޖޭގެ އިގްތިސޯދަށް ކުރަމުން އަސަރާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ މިއީ އާންމު ހާލަތެއް ނޫން ކަމަށާއި މި ހާލަތުގައި އިގްތިސޯދަށް ބޭނުންވާ ބޭސް ދޭން ޖެހޭނެ ކަމަށެވެ. "ކޮންމެ ބޭހެއްގައިވެސް ސައިޑް އިފެކްޓްސް ތަކެއް ހުންނާނެ، އަދި ސައިޑް އިފެކްޓާ ހުރެ ބޭސް ބޭނުން ނުކުރާ ނަމަ ލިބޭ ގެއްލުން މާ ބޮޑުވާނެ،" އަމީރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އިގްތިސާދު ދިރުވުމަށް ދޭ ބޭހުގެ ސައިޑް އިފެކްޓްއަށް ފަރުވާ ދިނުމަކީ އަޅަން ޖެހޭ ފިޔަވަޅު އެޅުމަށްފަހު އެންމެ ފުރަތަމަ ކުރާނެ ކަންތައް ކަމަށެވެ. "އިގްތިސާދުގެ ބަހާތައް، އެއީ މީހުން، ރައުސުލްމާލް އަދި އެސެޓްސް ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެން ފިޔަވަޅުތަކެއް އަޅަން އެބަ ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރި ވިދާޅުވީ މީހުންނާއި ރައުސުލްމާލް އަދި އެސެޓްތައް ދެމެހެއްޓުމަށް ފިޔަވަޅު އެޅުމަށް ފަސްޖެހުމަކީ އިގްތިސާދު ހަމަޖެހުމަށް ދެވޭނެ ގެއްލުމެއް ކަމަށެވެ. ރާއްޖޭގައި ބަލީގެ ހާލަތު ބަދަލުވެދާނެ ގޮތްތަކެއް ލަފާކޮށް ވަނީ ސިނާރިއޯތަކެއް ނުވަތަ ހާލަތްތަކެއް އެކުލަވާލައިފަ އެވެ. އެގޮތުން މިހާރު ރާއްޖެ ސިނާރިއޯ ތިނެއްގައި އޮތް އިރު، ރާއްޖޭގެ ބޯޑަރު ހުޅިވާލެވޭނެ ކަމަށް މިހާރު ބެލެވެނީ، ޖުލައި މަހު އެވެ. މި ސިނާރިއޯގައި މިއަހަރުގެ ތެރޭގައި ރާއްޖެ އަންނާނީ 462،868 ޓޫރިސްޓުންނެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 50 ޕަސެންޓް ދަށް އަދަދެކެވެ. އެކަމާ ގުޅިގެން ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރާ މިންވަރު 11.5 ޕަސެންޓަށް ދަށްވެގެންދާނެ އެވެ. ދައުލަތުން މިއަހަރަށް ހުށަހެޅި ބަޖެޓަށް މިހާރު ލިބޭނެ ކަމަށް ލަފާކުރެވެނީ، 15.26 ބިލިއަން ރުފިޔާ އެވެ. މިއަހަރަށް 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅި ނަމަވެސް، 30 ބިލިއަން ރުފިޔާއަށް އެ ބަޖެޓް ފިނޭންސުން މިހާރު ވަނީ ކުޑަކޮށްފަ އެވެ. އޭރުންވެސް އިތުރަށް 13.23 ބިލިއަން ރުފިޔާ ދައުލަތަށް އިތުރަށް ހޯދަން ޖެހެ އެވެ. އެހެން ކަމުން ބަޖެޓް ޑެފިސިޓް، ޖީޑޯޕީގެ 13.70 ޕަސެންޓަށް އަރާނެ އެވެ.
ރާއްޖޭގެ އިގްތިސާދަަށް ވެންޓިލޭޓަރުގެ އެހީ ބޭނުންވޭ: މިނިސްޓަރު
ރާމަﷲ (19 މެއި 2020): ސުލްހައިގެ ނަމުގައި އިސްރާއީލާ އަދި އެމެރިކާއާއެކު ސޮއިކޮށްފައިވާ ހުރިހާ އެއްބަސްވުންތަކެއް ފަލަސްތީނުން އުވާލައިފިއެވެ. މިކަން އިއުލާނު ކުރައްވަމުން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވީ އެމެރިކާއާ އަދި އިސްރާއީލާއެކު ސޮއިކޮށްފައިވާ ހުރިހާ އެއްބަސްވުމެއް އުވާލަން ފަލަސްތީނުން ނިންމައިފިކަމަށާ މިގޮތަށް ނިންމީ އެއިން އެއްވެސް އެއްބަސްވުމަކަށް އެދެގައުމުން އެއްވެސް ވަރަކަށް އަމަލުނުކުރާތީއެވެ. މީގެއިތުރުން އެ އެއްބަސްވުންތަކާ އަދި އދ. ގެ ގަރާރުތަކާ ޚިލާފަށް ފަލަސްތީނުގެ ބިންތައް ޖަހައިގަނެ ފޭރިގަތުމުގެ ޖަރީމާތައް ތަކުރާރުކޮށް އިސްރާއީލުން ހިންގާއިރު ސުލްހައިގެ މެދުވެރިއެއްގެ ދައުރު އަދާކުރާ ނަމުގައި އޮތް އެމެރިކާއަކީ އެޖަރީމާތަކުގެ ބައިވެރިއެއް ކަމަށްވެސް އައްބާސް ވިދާޅުވިއެވެ. ސުލްހައިގެ ހުރިހާ އެއްބަސްވުންތަކެއް ފަލަސްތީނުން އުވާލުމާއެކު އިސްރާއީލަކީ ދައުލަތެއްގެ ގޮތުގައި ފަލަސްތީނު އިއުތިރާފުވި އިޢުތިރާފު ވުންވެސްވަނީ ނިމުމަކަށް އައިސްފައި ކަމަށް ފަލަސްތީނުން ބުނެއެވެ. ފަލަސްތީނުގެ ބިންތައް އިސްރާއީލުން އެކިފަހަރުމަތިން ޖަހައިގަތް ގޮތް ހަމަކޮށްދޭ ޗާޓުތަކެއް އައްބާސް ދައްކާލައްވަނީ އެމެރިކާއާ އަދި އިސްރާއީލާއެކު ސޮއިކޮށްފައިވާ ސުލްހައިގެ ހުރިހާ އެއްބަސްވުންތަކެއް ފަލަސްތީނުން އުވާލާފައިމިވަނީ 1976 ގެ ހަނގުރާމައިގާ އިސްރާއީލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތަކުގައި ހިމެނޭ އުރުދުން ވާދީގެ ބިންތަކަކީ އިސްރާއީލުގެ މިލްކެއްގެ ގޮތުގައި ހަދާނެކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަކުރާރުކޮށް ވިދާޅުވުމާ ގުޅިގެންނެވެ. އުރުދުން ވާދީއަކީ ހުޅަނގު އައްސޭރީގެ ބިމުގެ 30 ޕަސެންޓާއި 40 ޕަސެންޓާ ދެމެދުގެ ބޮޑު ސަރަހައްދެކެވެ. ގާތްގަނޑަކަށް 400 އަކަ ކިލޯމީޓަރުގެ އެ ސަރަހައްދުގައި ފަލަސްތީނުގެ 60 ހާސް މީހުން ދިރުއުޅޭއިރު ފަލަސްތީނަށް އާމްދަނީ ލިބޭ އެންމެބޮޑު ސެކްޓަރުކަމަށްވާ ދަނޑުވެރިކަމުގެ 50 އިންސައްތަ ހިއްސާ ކުރަނީވެސް އެސަރަހައްދެވެ. އެބިންތައް ޖަހައިގަތްކަމާ އެބިންތައް އިސްރާއީލުގެ ބިންތަކެއްގެ ގޮތުގައި ހެދިކަން ދާދި އަވަހަށް އިއުލާނު ކުރައްވާނެކަމަށް މިހަފްތާގެ ކުރީކޮޅު އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔަހޫ ވަނީ ވިދާޅުވެފައެވެ. 2018 ވަނައަހަރު އިސްރާއީލުންވަނީ 1976 ގެ ހަނގުރާމައިގާ އިސްރާއީލުން ހިފި ހުޅަނގު އައްސޭރީގެ އެހެން ސަރަހައްދެއް ކަަމަށްވާ ގުދްސުގެ އިރުމަތީ ފަޅިވެސް އިސްރާއީލުގެ ބިމަކަށް ހަދާފައެވެ. މިއީވެސް އިސްރާއީލާއި ފަލަސްތީނުން ސޮއިކޮށްފައިވާ ސުލްޙައިގެ އެއްބަސްވުންތަކާ އަދި އދ. ގެ ގަރާރުތަކާ މުޅިން ޚިލާފުކަމެކެވެ. އިސްރާއީލުން ގުދްސުގެ އިރުމަތީ ފަޅި ޖަހައިގަތުމާއެކު 2018 ވަނައަހަރުވެސް ސުލްހައިގެ އެއްބަސްވުންތައް އުވާލާނެކަމުގެ އިންޒާރު ފަލަސްތީނުން ދިނެވެ. ނަމަވެސް އެފަހަރު އެކަން ތަންފީޒުކޮށްފައެއް ނުވެއެވެ. މިފަހަރު މިކަން ތަންފީޒުކުރީ ދެން އެހެންގޮތެއް ނެތިގެންކަމަށް ރައީސް މަހްމޫދު އައްބާސް ވިދާޅުވިއެވެ. ހުޅަނގު އައްސޭރީގެ 30 ޕަސެންޓާއި 40 ޕަސެންޓާ ދެމެދުގެ ބޮޑުސަރަހައްދެއް ގަދަބާރުން ޖަހައިގަނެ އިސްރާއީލުގެ ބިމެއްގެ ގޮތުގައި ހެދުމުގައި އިސްރާއީލުގެ ބޭނުމަކީ ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ ދައުލަތެއް އުފެއްދުމުގެ ކުޑަވެސް ފުރުސަތެއް ނުދިނުންކަމަށް ފަލަސްތީނުން ދެކެއެވެ. ހުޅަނގު އައްސޭރީގެ ބިމާއި ޣައްޒާގެ ބިމަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ފަލަސްތީނުން އުންމީދުކުރާ ދެ ސަރަހަދެވެ. ހުޅަނގު އައްސޭރިއަކީ މުޅި ފަލަސްތީނުގެ 22 އިންސައްތަ ބިމެވެ. ޣައްޒާއަކީ މުޅި ފަލަސްތީނުގެ 5 އިންސައްތަ ބިމެވެ. މިދެ ބިމަކީވެސް 1976 ގައި ގަދަބާރުން އިސްރާއީލު ހިފާފައިވާ ދެ ބިމެވެ. ސުލްހައިގެ ނަމުގައި ފަލަސްތީނުން އެމެރިކާއާ އަދި އިސްރާއީލާއެކު ސޮއިކޮށްފައިވާ އެއްބަސްވުންތައް ބިނާކޮށްފައިވަނީ އެދެބިމުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރުމުގެ މައްޗަށެވެ. (ނޫސްއެޖެންސީތައް)
އިސްރާއީލާއި އެމެރިކާއާއެކު ސޮއިކޮށްފައިވާ ސުލްޙައިގެ އެއްބަސްވުންތައް ފަލަސްތީނުން އުވާލައިފި
ޕަބްލިކް އެކައުންޓް އޯވަޑްރޯ (އޯޑީ) ކުރުމަކީ، ފައިސާ ޗާޕް ޖެހުމެއް ނޫން ކަމަށާއި އެކަމަށް އެދުމަކީ ބްލޭންކް ޗެކެއް ހޯދުމަށް އެދުން ކަމަށް ނުބެލެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު، އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. ކޮރޯނާވައިރަހާ ގުޅިގެން އިގްތިސާދަށް އައިސްފައިވާ ލޮޅުމާއެކު، ސަރުކާރުގެ ހިންގުން ހުއްޓުމެނެތި ކުރިއަށް ގެންދިއުމަށް ކޮންމެހެން ބޭނުންވާ 4.2 ބިލިއަން ރުފިޔާ ދޫކުރުމުގެ ހުއްދަ ހޯދުމުގެ ގޮތުން ފިނޭންސް މިނިސްޓަރު އަމީރު ވަނީ، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް އެއްހަރު ދުވަހަށް ސަސްޕެންޑް ކުރުމަށް އެދިފަ އެވެ. އެއާއެކު ބައެއް މެމްބަރުން ވަނީ، އެއީ ބްލޭކް ޗެކެއް ދިނުން ކަމަށް ސިފަ ކުރައްވާފަ އެވެ. އޯވަޑްރޯ ކުރުމަކީ، ޕަބްލިކް އެކައުންޓުގައި ހުންނަ ފައިސާގެ އިތުރަށް ފައިސާ ނެގުމެމެވެ. މިއަދު ދަރުބާރުގޭ، އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، ބޭރުގެ އެހީތައް ލިބެން ހުރި ނަމަވެސް މިވަގުތަށް ޕަބްލިކް އެކައުންޓުގެ އޯޑީ ފެސިލިޓީ އިތުރުކޮށްގެން ނޫނީ މިހާރު ކުރެވެން ހުރި ހަރަދުތައް ހަމަ ނުޖެއްސޭނެ ކަމަށެވެ. އެގޮތަށް ޕަބްލިކް އެކައުންޓް އޯވަ ޑްރޯ ކުރުމަކީ ދުނިޔޭގެ އެހެން ގައުމުތަކުން އަބަދުވެސް ކުރާ ކަމެއް ކަމަށާއި މިހާރު ވެސް އެކަން ކުރަމުން އަންނަ ކަމަށް އަމީރު ވިދާޅުވި އެވެ. ފިނޭންސް މިނިސްޓަރު އަމީރު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި -- ފޮޓޯ/ ރައީސް އޮފީސް "އިތުރަށް އަޅުގަނޑުމެން ބޭރުން ފައިސާ ގެނެސް ޕަބްލިކް އެކައުންޓަށް ޖަމާ ކުރާ ހިސާބުން އެ ޕޮޒިޓިވްވެގެން ދާނެ. އެއީ ޗާޕް ކުުރުމެއް ނޫން،" އަމީރު ވިދާޅުވި އެވެ. "މިއީ އެއްގޮތަކަށް ވެސް ބްލޭންކް ޗެކެއް ހޯދުމެއް ނޫން. އެކަން އޮޅުވާނުލެއްވުން ވަރަށް ބޮޑަށް އެދެން،" ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ބުނާ ގޮތުން އެގޮތަށް ފައިސާ ނެގޭނި، ވޭތުވެދިޔަ ތިން އަހަރުގެ އެވްރެޖް އާމްދަނީގެ އެއް ޕަސެންޓާ ހަމައަށް އޯވަޑްރޯ ކުރަން ކަމަށާއި މިއީ ގާތްގަނޑަކަަަށް 220 މިލިއަން ރުފިޔާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް މިހާރު އަންދާޒާ ކުރާ ކޭޝްފްލޯ މެނޭޖް ކުުރުމަށް 220 މިލިއަން ރުފިޔާއަކީ، އެކަށީގެންވާ މިންވަރުގެ އަދަދެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. "އިގްތިސާދަށް އަޅުގަނޑުމެން ފައިސާ ދޫ މިކުރަނީ، [އޯޑީ ފެސިލިޓީ އިތުރުކުރުމަށް ބޭނުންވަނީ] ސިއްހަތައް ކުރަން ޖެހޭ ކަންކަމަށާއި މިހާރު ކުރިއަށްދާ މަޝްރޫއުތަކަށް ދޭން ޖެހޭ ފައިސާއާއި މުސާރަށް ދިނުމަށް،" މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، އެއް އަހަރަށް ގާނުނުގެ ބައެއް ސަސްޕެންޑް ކުރުމަށް އެދުނީ، ގާނޫނުގައިވެސް ބުނާ ހާއްސަ ހާލަތެއް މެދުވެރިވެގެން ކަމަށެވެ. އެގޮތުން ގާނޫނުގެ 36 ވަނަ މާއްދާގެ (ރ)ގައި ބުނާ ދެ ހާލަތްވެސް މިހާރު ދިމާވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއީ ފުރަތަމަ ހާލަތަކީ، ގުދުރަތީ ކާރިސާ އެއް މެދުވެރިވުން ކަމަށާއި ދެވަނަ ހާލަތަކީ، އިގްތިސާދަށް ބޮޑު ހިނާރު ކަމެއް އަންނަ ހާލަތު ކަމަށެވެ. އެހެން ކަމުން ކޮވިޑް-19ގެ ބަލިމަޑުކަމާއެކު މިހާރު އެ ދެހާލަތްވެސް އައިސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު އަމީރު: އިގްތިސާދުގައި މިވަގުތު ފައިސާ ދައުރުވުން މުހިންމު ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް އޯޑީ ކުރުމުން އިގްތިސާދަށް އަސަރެއް ނުކުރާނެ: އަމީރު މިނިސްޓަރު އިތުރަށް ވިދާޅުވީ، ދައުލަތުގެ ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރަނީ މިހާރު ހިނގާ ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ދިނުމަށާއި މުވައްޒަފުންގެ މުސާރަތަކަށް ހޭދަކުރުމަށް ކަމަށެވެ. އެހެން ކަމުން މިހާލަތުގައި އޯޑީ ކޮށްގެން އިގްތިސާދަށް އަސަރުތަކެއް ކުރާނަކަމަށް ނުދެކޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. "ފިސްކަލް ރެސްޕޮންސިބިިލިޓީ އެކްޓްގައި ހުރި އެހެނިގެން ކަންތައްތައް ދޫކޮށްލަނީ އެއް ނޫން. ހަގީގަތުގައި ފިސްކަލް ޑިސިޕްލިންގައި ހުރި ހުރިހާ ތަޅުތަކެއް އެބަހުރި. ހަމައެކަނި އޯޑީ ކުރެވޭ މިންވަރު އަޅުގަނޑުމެން އިތުރު މިކުރަނީ އެއް އަހަރަށް. އެހެންވީމަ އަޅުގަނޑު ނުދެކެން އޭގެ ސަބަބަބުން އިގްތިސާދަށް އިތުރު ލޮޅުންތަކެއް އަންނާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ. މި ގޮތަށް ފައިސާ ދޫކުރި ނަމަވެސް ތަކެތީގެ އަގު އަދި ރުފިޔާގެ އަގުވެސް ނުވެއްޓޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. "އަޅުގަނޑުމެން ގަބޫލެއް ނުކުރަން އިންފްލޭޝަން އިތުރަށް ގޯސްވެެގެން ދާނެ ކަމަކަށް. އަދި އެކްސްޗޭޖް ރޭޓްވެސް. މިއީ އަޅުގަނޑުމެން ކޮންމެހެން ކުރަން ޖެހޭ ހަރަދުތަކެއް، އެހެންވީމަ އެކްސްޗޭޖް ރޭޓަށް އަންނަ ލޮޅުންތައް މިޓިގޭޓް [ކުޑަވެގެން] ދާނެ ބޭރުގެ ފައިސާ ގެންނަ މިންވަރަކުން،" މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ، ކޭޝްފްލޯ ހަމަޖެއްސުމަށްޓަކައި ވަރަށް ގިނަ ދާއިރާތަކުން މިހާރު ހަރަދު ކުޑަކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިއަހަރަށް ލަފާކޮށް ފާސް ކުރި 37 ބިލިއަން ރުފިޔާގެ ބަޖެޓު 30 ބިލިއަނަށް ކުޑަ ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ހަރަދުކުޑަ ކުރުމަށް އަޅާފިޔަވަޅުތައް: އިސްގަމާމުތަކުގެ މީހުންގެ މުސާރަ ކުޑަކުރުން/ އިތުރަށް މުވައްޒަފުން ނުނެގުން. ސަރުކާރުންގެ ދަތުރުފަތުރު މަޑުޖައްސާލުން. ހަރުމުދާ ހޯދުން މަޑުޖައްސާލުން. އާ މަޝްރޫއުތައް އެވޯޑް ކުރުން ހުއްޓާލުން. ޑެޓް ރިލީފް އަދި މޮރެޓޯރިއަމް ހޯދުމުގެ މަސައްކަތްކުރުން. 35،000 ރުފިޔާ އަށްވުރެ ބޮޑު ކޮންމެ ހަރަދެއް ކުރުމަށް ހުއްދަ ހޯދުން. މިނިސްޓަރު ވިދާޅުވިގޮތުގައި، ކޭޝްފްލޯ ހަމަޖެއްސުމަށް މިގޮތަށް ހަރަދުކުޑަ ކުރަން ނިންމި ނަމަވެސް މިހާރު ތިބި މުވައްޒަފުން މަދުކޮށް، ނުވަތަ މުވައްޒަފުންގެ މުސާރަ ކުޑަކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ. "ސަރުކާރުން މިއޮތީ ސަރުކާރުން ކުރަން ޖެހޭ ހަރަދުތައް ވަރަށް ބޮޑުތަކުން ކުޑަ ކޮށްފައި. މުސާރަތައް ކުޑަ ކޮށްފައި، ސިވިލްސާވިސްގެ މުވައްޒަފުންގެ މުސާރަ މަދުކޮށްފައި، މިހާރު ހިނގަމުންދާ މަޝްރޫތަކަށް ފައިސާ ދިނުން މަޑުޖައްސާލައި، އެގޮތަށް ޕޮލިސީއެއް ރާވާނަމަ، އިގްތިސާދީ ކާރިސާ ގޯސްވެގެން ދާނީ،" ސަރުކާރުން އެފަދަ ވިސްނުމެއް ނެތްކަމަށް ބަޔާން ކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ. "މިކަހަލަ ކާރިސާއެއްގައި އިގްތިސާދީ ކޮންމެވެސް ހަރަކާތްތަކެއް ހިންގެން ޖެހޭ. މަނީ ސާކިއުލޭޓް ވާން އެބަ ޖެހޭ. އެކަން ކުރުމަށް މިހާރު އޮތް ހަމަ އެކަނި އިގްތިސާދީ އެޖެންޓަކީ ސަރުކާރު."
ފައިސާ ޗާޕް ޖަހާކަށް ނޫޅެން، އެދެނީ ބްލޭންކް ޗެކަކަށް ނޫން: މިނިސްޓަރު
ރާއްޖެއިން މިއަދު ކޮވިޑް19 އަށް ޕޮޒިޓިވް އިތުރު 51 މީހަކު ދެނެގަނެވިފައިވާ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ. މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 955 އަށް އަރައިފައެވެ. އެޗްޕީއޭއިން ބުނީ މިއަދު ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 26 އިންޑިއާ މީހުންނާއި، 12 ދިވެހީންނާއި، 11 ބަންގްލަދޭޝް މީހުންގެ އިތުރުން ނޭޕާލް މީހަކާއި ލަންކާ މީހެކެވެ. މިހާތަނަށް ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. މިހާތަނަށް ބަންގްލަދޭޝްގެ 506 މީހަކަށް ވަނީ ބަލި ޖެހިފައެވެ. މީގެ އިތުރުން 316 ދިވެހީންނާއި، އިންޑިއާގެ 98 މީހުންނަށް ވެސް ވަނީ ބަލިޖެހިފަައެވެ. ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 955 އަށް އަރާފައިވާއިރު، ކުރިއަށް އޮތް ދެ ހަފްތާ ރާއްޖެ ސާޖަކަށް ދާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އަދި މި މަހުގެ 31 ވަނަ ދުވަހު އެކަނި ވެސް ބަލި ޖެހިފައިވާ 1600 އެއްހާ މީހުން އުޅޭނެ ކަމަށާއި، އަދި އެ ދުވަހު މުޅި ރާއްޖެއިން ބަލި ޖެހިފައިވާ މީހުންގެ އަދަދު 6000 ން މަތިވާނެ ކަމަށް ވެސް ވަނީ އަންދާޒާކޮށްފައެވެ.
ރާއްޖެއިން ކޮވިޑްގެ އިތުރު 51 ކޭސް، ޖުމްލަ 955 އަށް
މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން މިއަހަރު ދައުލަތުން ފާސްކުރި ބަޖެޓުގައި އަންދާސާކޮށްފައިވާ އަދަދަށް ފައިސާ ލިބުމަށް ދަތިވާނެތީ، ކުރިއަށް ރާވާފައިވާ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް މަޑުޖައްސާލުމަށް ސަރުކާރުން ނިންމައިފި އެވެ. މިއަހަރަށް ފާސްކުރި 37.8 ބިލިއަން ރުފިޔާގެ ބަޖެޓުގައި ޕީއެސްއައިޕީގެ ގޮތުގައި ފާސްކޮށްފައިވަނީ 10.45 ބިލިއަން ރުފިޔާ އެވެ. ކޮވިޑް-19 އާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ހަރަދު ކުޑަކުރުމަށް ކުރާނެ މަސައްކަތްތައް ހާމަކުރަން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ޕްރެންޒެންޓޭޝަނެއް އާންމުކުރައްވާފައެވެ. ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ސަރުކާރުން ބަޖެޓުގެ ހަރަދު ކުޑަކުުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން މިއަހަރަށް ބަޖެޓުކޮށްފައިވާ ޕީއެސްއައިޕީގެ ތެރެއިން ނުފަށާހުރި މަޝްރޫއުތައް ޓެންޑާ ނުކޮށް މަޑުޖައްސާލުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ. "އަދި ސަޕްލައި ޗެއިން ދަތިތަކާ ގުޅިގެން ކުރިއަށްދާ މަޝްރޫއުތައްވެސް މަޑުޖެހޭނެ ކަމަށް ބެލެވޭ،" އަމީރު ވިދާޅުވިއެވެ. އޭގެއިތުރުން ހަރަދު ކުޑަކުރުމަށްޓަކައި ކުރަން ނިންމާފައިވާ ކަންތައްތައް ދަތުރުފަތުރަށްކުރާ ހަރަދުން 33 ޕަސެންޓް ކުޑަކުރުން އެއްގަމުގައި ދިއްވާ އުޅަނދުފަހަރު ގަތުން ހުއްޓާލުން ޓްރެއިނިން އަށް ކުރާ ހަރަދު 30 ޕަސެންޓް ކުޑަކުރުން ދަތުރުފަތުރުގެ ހަރަދުން 33 ޕަސެންޓް ކުޑަކުރުން މަރާމާތަށް ކުރާ ހަރަދުން 59 ޕަސެންޓް ކުޑަކުރުން ހަރުމުދާ ހޯދަން ކުރާ ހަރަދުން 70 ޕަސެންޓް ކުޑަކުރުން
އާ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ފެށުން މަޑުޖައްސާލަން ނިންމައިިފި
ކޮވިޑް19 އިން އިތުރު އަށް މީހަކު ރަނގަޅުވެ، ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން ބަލިން މުޅިން ރަނގަޅުވި މީހުންގެ އަދަދު 40 އަށް އަރައިފި އެވެ. މިހާތަނަށް ރާއްޖެއިން 955 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި ބަލީގައި ހަތަރު މީހަކު ވަނީ ނިޔާވެފަ އެވެ. މިރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިއަދު ބަލިން ރަނގަޅުވި އަށް މީހުންނަކީ ވެސް ދިވެހިން ކަމަށެވެ. އަދި މިހާތަަނަށް ރާއްޖެއިން ބަލިޖެހި، ރަނގަޅުވި މީހުންގެ ތެރޭގައި ހިމެނެނީ 26 ދިވެހީންނާއި 14 ބިދޭސީން ކަމަށް ޑޮކްޓަރު ވަނީ ވިދާޅުވެފަ އެވެ. މީގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އަފްޒަލް ވިދާޅުވީ ކުރިން އުންމީދުކުރި ވަރަށް ވުރެ، ރާއްޖޭގައި ކޮވިޑް19 ޖެހޭ މީހުން ބަލިން ރަނގަޅުވާ ނިސްބަތް، ނުވަތަ ރިކަވަރީ ރޭޓް ދަށް ކަމަށެވެ. މިވަގުތު ރާއްޖެއިން ކޮވިޑް19 ޖެހުނު 13 މީހަކު އެޑްމިޓްކޮށް ފަރުުވާދެމުން އަންނަ އިރު، ހަތަރުު މީހަކަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގަ އެވެ. އަދި ވެންޓިލޭޓަރަށް ނުލާ އޮތް މީހެއްގެ ހާލު ސީރިއަސް ކަމަށް ވަނީ ބުނެފަ އެވެ.
ކޮވިޑް19 އިން އިތުރު އަށް މީހަކު ރަނގަޅުވެއްޖެ
އިނގިރޭސިވިލާތުގެ ލަންޑަންގައި ހާލުގައި ޖެހިފައިވާ ދިވެއްސަކަށް ސަރުކާރުން މާލީ އެހީތެރިކަން ނުދިން ކަމަށް ބުނާ ވާހަކަ ފޮރިން މިނިސްޓްރީއިން ދޮގުކޮށްފި އެވެ. ލަންޑަންގައި މަޑުކުރުމަށްފަހު ޗުއްޓީއަކަށް ކެރިބިއަންގެ ގައުމަކަށް ދަތުރު ކުރަން އުޅުނު ދިވެއްސަކު ހާލުގައި ޖެހުމުން ލަންޑަންގައި ހުންނަ ދިވެހި ހައިކޮމިޝަނުން މާލީ އެހީތެރިކަން ނުދިން ކަމަށް ބުނާ ވާހަކަތަކެއް އިއްޔެ ވަނީ ފެތުރިފައެވެ. އެ ވާހަކަތައް ފޮރިން މިނިސްޓްރީގެ މީޑިއާ ޑިރެކްޓަރު މިއުވާން މުހައްމަދު ވަނީ ދޮގުކުރައްވައިފައެވެ. އެކަން ހިނގައިދިޔަ ގޮތް "ސަން"އަށް ކިޔައިދެމުން މިއުވާން ވިދާޅުވީ، އެ މީހާ އަކީ ލަންކާގައި ދިރިއުޅޭ މީހެއް ކަމަށާއި އޭނާ ލަންޑަނަށް ދިޔައީ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ތުރުކީ މަގުން ކަމަށެވެ. އަދި ލަންޑަނަށް ދިޔައީ ޖެމިއިކާއަށް ފުރަން ކަމަށް ވިދާޅުވިއެވެ. ފަހުން ކޮވިޑް-19އާ ގުޅިގެން އެ މީހާ ޖެމެއިކާއަށް ފުރަން ހަމަޖެހުނު ފްލައިޓު ކެންސަލްވީ ކަމަށާއި އޭނާ ބުނާ ކަމަށާއި ކެންސަލްވެއްޖެނަމަ ޓިކެޓްގެ ރިފަންޑު ލިބޭނެ ކަމަށް އެމީހާއަށް އަންގާފައިވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ. ފްލައިޓު ކެންސަލް ވުމުން ފުރަތަމަ ފަހަރަށް 23 މާޗުގައި ބޭރު ގައުމުތަކުގައި ތާށިވެފައި ތިބި މީހުންނަށް ހައިކޮމިޝަނުން ފޯރުކޮށްދޭ އެހީ ސާފުކުރަން އެ މީހާ ގުޅި ކަމަށް މިއުވާން ވިދާޅުވިއެވެ. އަދި ފަހުން ގުޅުމުން އޭނާ އަކީ ރެޒިޑެންޓު ވިސާގައި ހުރި މީހަކަށް ނުވުމުން ޔޫކޭއިން ޓިކެޓު ނަގައިގެން ފުރައިގެން ރާއްޖެ އާދެވޭނެކަން ކިޔައިދީ، ހައިކޮމިޝަނުން އޭނާއަށް ބުކް ކުރެވޭނެ ފްލައިޓުތަކުގެ މައުލޫމާތުވެސް ފޮނުވި ކަމަށް މިއުވާން ވިދާޅުވިއެވެ. އެ މައުލޫމާތާއި ފުރުމަށް ހައިކޮމިޝަނުން ދިން ލަފާގެ މަތިން މާޗް 27ގެ ކުރިން ފުރައިގެން ދާނެ ކަމުގެ ޔަގީންކަން އޭނާ ދިން ކަމަށް މިއުވާން ވިދާޅުވިއެވެ. ނަމަވެސް، އޭނާ މާޗް 27ގެ ކުރިން ޓިކެޓު ނަގައިގެން ރާއްޖެއަށް ނުފުރައެވެ. އޭނާ ހުރީ ލަންޑަންގެ ހޮޓަލެއްގައެވެ. ފަހުން އޭނާ ހައިކޮމިޝަނުގައި ބުނެފައި ވަނީ ފުރަން ނެގި ޓިކެޓު ކެންސަލްވީ ކަމަށެވެ. އެ ފަހުން ހޮޓަލަށް އަތުގައި ހުރި ހުރިހާ ފައިސާއެއް ހަރަދު ވާތީ 6 މެއިގައި އޭނާ މާލީ އެހީއަށް އެދި ހައިކޮމިޝަނަށް އީމެއިލް ކުރި އެެވެ. އެކަމާ ގުޅިގެން ހައިކޮމިޝަނުން އެދުނީ އޭނާ ފުރަން ނަގައި ކެންސަލްވި ކަމަށް ބުނާ ޓިކެޓު ހައިކޮމިޝަނަށް ފޮނުވާށެވެ. ނަމަވެސް، ޓިކެޓު ޑިލީޓުވީ ކަމަށް ބުނެ އަދިވެސް ޓިކެޓު ފޯރުކޮށްދީފައި ނުވެއެވެ. މިއުވާން ވިދާޅުވިގޮތުގައި ފަހުން އެ މީހާ ލަންކާއަށް ފުރަން އެހީތެރިކަމަށް އެދުނެވެ. އަދި ލޮކްޑައުންކޮށްފައި އޮތް ލަންކާއަށް ވެއްދުމުގެ ހުއްދައަކަށް އެދި ހައިކޮމިޝަނުގެ ނަމުގައި ސިޓީއެއް ދޭން 8 މެއިގައި އޭނާ އެދުނު ކަމަށް މިއުވާން ވިދާޅުވިއެވެ. ނަމަވެސް، ލަންކާއިން މިހާރު އެންޓްރީ ވިސާ ދޫނުކުރާތީ ސިޓީއެއް ދިނަސް ލަންކާއަށް ނުވަދެވޭނެތީ އޭނާއަށް އެފަދަ ސިޓީއެއް ހައިކޮމިޝަނުން ނުދެއެވެ. 18 މެއިގައި އެ މީހާ ހުންނާނެ ތަނެއް ނެތިގެން ހައިކޮމިޝަން ކައިރިއަށް އައިސް އެހީއަށް އެދުމުން 30 ޕައުންޑުގެ އެހީތެރިކަމެއް ދިން ކަމަށް މިއުވާން ވިދާޅުވިއެވެ. "ދައުލަތުގެ ފަރާތުން މިދަނޑިވަޅުގައި މާލީ އެހީތެރިކަން ފޯރުކޮށްދޑޭ ފަރާތްތަކަށް އެހީ ދިނުމުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމަށް ބޭނުންވާ ލިޔެކިޔުން އެބޭފުޅާގެ ފަރާތުން އަދިވެސް ނުލިބ. ދައުލަތުގެ ފައިސާ ޚަރަދު ކުރެވޭނީ ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން،" މިއުވާން ވިދާޅުވިއެވެ. ކޮވިޑް-19އާ ގުޅިގެން ލޮކްޑައުންކޮށްފައި ތިބި ގައުމުތަކުގައި ތިބި ދިވެހީންނަށް ޒަކާތު ފަންޑުން މާލީ އެހީތެރިކަން ދެއެވެ. ނަމަވެސް އެހީ ދެނީ މަގުބޫލު ސަބަބެއް ދެއްކުމުންނެވެ.
ލަންޑަންގައި ހާލުގައި ޖެހުނު މީހަކަށް އެހީ ނުވި ކަމަށް ބުނާ ވާހަކަ ފޮރިން މިނިސްޓްރީއިން ދޮގުކޮށްފި
އަމާނާތަކާފުލް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވައި، މިދިޔަ އަހަރު ކުންފުންޏަށް ލިބުނު ސާފު ފައިދާގެ 10 ޕަސަންޓު ހިއްސާގެފައިދާގެ ގޮތުގައި ބެހުމަށް ނިންމައިފި އެވެ. އަމާނާތަކާފުލްއިން ބުނި ގޮތުގައި ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަވަސް މުއްދަތެއްގައި ނިމޭނެކަމަށް ނުފެންނާތީ، އެ އެ ކުންފުނީގެ 2019 ވަނަ އަހަރުގެ އޭޖީއެމް ބޭއްވީ ޒޫމް މެދުވެރިކޮށް، ވާޗުއަލްކޮށް ކަމަށެވެ. އަމާނާތަކާފުލް މޯލްޑިވްސްއަށް މިދިޔަ އަހަރު ޓެކްސް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 14.9 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެކުންފުނިން ބުންޏެވެ. އިއްޔެ އަމާނާތަކާފުލް މޯލްޑިވްސްއިން ބޭއްވީ އެކުންފުނީގެ ނުވަވަނަ އަހަރީ އާންމު ޖަލްސާ އެވެ. އެކުންފުނިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އިންޓަރިމް ފައިދާއެއް ބަހާފައިވެ އެވެ. އިއްޔެ ބޭއްވި އެކުންފުނީގެ ނުވަވަނަ އަހަރީ އާންމު ޖަލްސާގައި ނިންމީ ފައިނަލް ޑިވިޑެންޑު ބެހުމަށެވެ. އެގޮތުން މިދިޔަ އަހަރު ލިބުނު 2.6 މިލިއަން ރުފިޔާގެ 10 ޕަސަންޓު، ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް އެކުންފުނިން ވަނީ ނިންމާފަ އެވެ. އަމާނާތަކާފުލް މޯލްޑިވްސްގެ ޗެއާމަން ތޮއްޔިބު އަކްބަރު އަލީ ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި ގޮންޖެހުންތަކަކާއެކުގައި ވެސް ކުންފުނިން ވަނީ ރަނގަޅު ނަތީޖާތަކެއް ހޯދާފައި ކަމަށާއި، އެކުންފުނީގެ އަމާޒަށް ވާސިލުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުނު ކަމަށެވެ. އޭނާ ވިދާޅުވީ ކުންފުނީގެ ރިސްކު ފަންޑު ބެލެހެއްޓުމުގައި ގެންގުޅޭ އުސޫލުތަކުގެ ހަރުދަނާކަމުން ރިސްކު ފަންޑުން ވޭތުވެދިޔަ އެކައުންޓިން ޕީރިއަޑުގައި ތަކާފުލްގެ ހިދުމަތްތައް ނެގި ކަސްޓަމަރުންގެ ތެރެއިން ބަދަލުދޭން ޖެހިފައި ނުވާ ހުރިހާ ފަރާތްތަކަށް ސާޕްލަސްގެ ގޮތުގައި 14 ޕަސަންޓު ދިނުމަށްވެސް ނިންމާފައިވާ ކަމަށެވެ. އަދި މިއީ ސާޕްލަސް ޖެހިޖެހިގެން ދޭ ހަތްވަނަ އަހަރު ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަމާނާތަކާފުލްގެ މެނޭޖިންގް ޑިރެކްޓަރު ހަރީޒް ސުލައިމާން ވިދާޅުވީ މިދިޔަ އަހަރު ކުންފުނި ޓެކްނޮލިޖީއާއި އާ ކަންކަމަށް ރަހުމަތްތެރިވުމަށްޓަކައި ގިނަ ކަންތައްތަކެއް ކުރެވުނު ކަމަށެވެ. "އަޅުގަނޑުމެންގެ ގިނަ ހިދުމަތްތަކެއް އޮންލައިން ކުރެވި، ކަސްޓަމަރުންނަށް ތަފާތު އާތަޖުރިބާތަކެއް ކުރުމުގެ ފުރުސަތު އަޅުގަޑުމެންގެ ސިސްޓަމްތަކުގެ އެހީގައި މިހާރު ލިބެން ހުންނާނެ. އެގޮތުން ވެބްސައިޓް އަދި މޯބައިލް އެޕްވެސް ވާނީ ފާއިތުވި އަހަރު ބޮޑެތި ބަދަލުތަކާއެކު ރިލޯންޗް ކުރެވިފައި. ގިނަ ހިދުމަތްތަކެއް އޮންލައިން ކުރެވިފައިވާއިރު ކަސްޓަމަރުންގެ ވަގުތު ސަލާމަތް ވެގެންދާނެ،" ހަރީޒް ވިދާޅުވި އެވެ. އަމާނާތަކާފުލް މޯލްޑިވްސްއަކީ ރާއްޖޭގައި އިސްލާމީ ޝަރީއާ އުސޫލުން އިންޝުއަރަންސް (ތަކާފުލް)ގެ ހިދުމަތް ދޭންފެށި ފުރަތަމަ ކުންފުންޏެވެ. އަމާނާތަކާފުލް މޯލްޑިވްސްގެ މައި ހިއްސާދާރުންނަކީ ސްރީލަންކާގެ އަމާނާތަކާފުލް ޕަބްލިކް ލިމިޓެޑް އެކްސްޕޯލަންކާ ހޯލްޑިންގްސް އަދި އޭޖީ ކެޕިޓަލް ޕްރައިވެޓް ލިމިޓެޑް އެވެ.
އޮންލައިން ޖަލްސާއެއްގައި އަމާނާތަކާފުލްއިން ފައިދާއަށް 2.6 މިލިއަން ރުފިޔާ ބަހަން ނިންމައިފި
ކޮވިޑް-19 އާ ގުޅިގެން އާންމުން ގޭގައި ތިބެން ޖެހިފައިވާ ވަގުތެއްގައި، ރާއްޖޭގެ ރަށްތަކުގެ ރީތިކަން ވާޗުއަލްކޮށް ދައްކާލުމަށްޓަކައި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ތައްޔާރުވެއްޖެ އެވެ. "މޯލްޑިވްސް، ދަ ސަން ވިލް ޝައިން އެގެއިން"ގެ ނަމުގައި އެމްއެމްޕީއާރުސީއިން ވަނީ ފޭސްބުކް މެދުވެރިކޮށް ހާއްސަ ވާޗުއަލް ދަތުރެއް ދިޔުމަށް ތައްޔާރުވެފަ އެވެ. އެމްއެމްޕީއާރުސީއިން ބުނެފައިވަނީ އެ އިވެންޓުގެ ބޭނުމަކީ ރާއްޖެ ރައްކާތެރިކަމުގެ މާހައުލަކަށް މަޑުމަޑުން ދާ ކަމަށާއި ފަތުރުވެރިކަން އަލުން ފެށުމަށް ތައްޔާރުވަމުން ދާކަން ދުނިޔެއަށް އަންގައިދިނުން ކަމަށެވެ. އެ ފޭސްބުކް ލައިވްގައި ރާއްޖެއިން އެންމެ ފާހަގަކޮށްލެވޭ ރީތި މަންޒިލުތަކާއި ތަންތަން ދައްކާލާނެއެ ވެ. ހުއްޓުމެއް ނެތި ޖުމްލަ ތިން ގަޑިއިރަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފޭސްބުކް ލައިވްގައި ރާއްޖޭގެ ހިތްފަސޭހަކަމާއި ރީތިކަން ގޭގައި ތިބެގެން ބަލާލެވޭނެ ކަމަށް އެމްއެމްޕީއާރުސީއިން ބުންޏެވެ. ރާއްޖޭގެ ރީތިކަން ދައްކުވައިދޭ ހާއްސަ އިވެންޓުގައި މުޅި ދުނިޔެއިން ފާހަގަކޮށްލެވޭ އިންފްލުއެންސަރުންނާއި މަޝްހޫރު ޝަހުސިއްޔަތުންގެ އިތުރުން ފަންނާނުންވެސް ބައިވެރިވާނެ އެވެ. އަދި ހަމައެހެންމެ ދިވެހި ފަންނާނުންގެ ހުނަރުތައްވެސް އެ ވާޗުއަލް ދަތުރުން ފެނިގެންދާނެ ކަމަށް އެމްއެމްޕީއާރުސީއިން ބުނެ އެވެ. އެ އިވެންޓު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އަށްވަނަ ދުވަހުގެ ރޭ 8:00 އިން ފެށިގެން އެ ރޭ 11:00 އަށެވެ. އެމްއެމްޕީއާރުސީއިން ބާއްވާ "މޯލްޑިވްސް، ދަ ސަން ވިލް ޝައިން އެގެއިން" އިވެންޓު ކުރިއަށްދާނީ ޓުއަރިޒަމް މިނިސްޓްރީ އާއި މޮންދު ޕްރޮޑަކްޝަން އާއި އޯކާ މީޑިއާ ގްރޫޕްގެ އިތުރުން ޕީއެސްއެމް ގުޅިގެންނެވެ.
ރާއްޖެ މުޅި ދުނިޔެއަށް ދައްކާލަން ވާޗުއަލް ދަތުރެއް
ކޮވިޑް 19އާ ދެކޮޅަށް ކުރެވޭ މަސައްކަތަކަށް ރާއްޖެއިން 1.6 ބިލިއަނެއްހާ ރުފިޔާ ހަރަދު ކުރަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. ކޮރޯނާވައިރަހުގެ ބަލިމަޑުކަމުން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގައި ވަނީ އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. އެ ގާނޫނުގެ ދަށުން ވަކި ހައްސަ ބަޖެޓެއް ހަރަދުކުރުމަށް ހާއްސަ ކުރަން ޖެހެ އެވެ. މިއަދު ދަރުބާރުގޭ، އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވި، ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތަށް މިހާރުވެސް 223 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. ނަަވެސް މިހާރު އާންމުންގެ ތެރޭ ވައިރަސް ފެތުރުމާއެކު ހަރަދު ކުުރަން ޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ. "ކޮމިއުނިޓީ ސްޕްރެޑެއް ފެނުމާއެކު މިހާރު ކޮވިޑް19އާ ގުޅިގެން އަޅުގަނޑުމެން މިހާރު އަންދާޒާ ކުރެވޭ 1.6 ބިލިއަން ރުފިޔާގެ ހަރަދު ހިނގާފާނެ ކަމަށް. އަދި ހާލަތު ދިގުދެމިގެންދާނެ ވަރަކަށް މި އަދަދު އިތުރުވެގެންދާނެ ކަމަށްވެސް އަންދާޒާ ކުރެވޭ،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ. އަމީރު ވަނީ ކޮވިޑް19އާ ގުޅިގެން މިހާތަނަށް ހަރަދު ހިނގާނެ ކަމަށް ލަފާ ކުރެވޭ ގޮތުގައި ތަފްސީލުވެސް ހާމަކުރައްވާފަ އެވެ. އެގޮތުން އެންމެ ބޮޑޫ ހަރަދެއް ކުރަން ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ، ރައްކާތެރިވުމަށް ބޭނުންވާ ސާމާނު ހޯދުމަށް އަދި މީހުން އައިސޮލޭޓް ކުރުމާއި ކަރަންޓީން ކުރުމާށާއި އެ ފެސިލިޓިސްތަކަށެވެ. ސާމާނު ހޯދުމަށް ކޮށްފައިވާ ހަރަދުގެ އަދަދަކީ، 660.03 ރުފިޔާ އެވެ. އައިސޮލޭޝަން އާއި ކަރަންޓީންނަށް 594.73 ރުފިޔާ ވަނީ ހަރަދު ކުރުމަށް ހިމަނާފަ އެވެ. މިނިސްޓަރު މިއަދު ހާމަ ކުރެއްވި މައުލޫމާތު --- މިނިސްޓަރު އަމީރު ވިދާޅުވި ގޮތުގައި މިނިސްޓްރީން ލަފާ ކުރާ ގޮތުގައި މިހާރު އޮތް ހާލަތުން ގާތްކަޑަކަށް 1.4 ބިލިިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާ ކުރެވެ އެވެ. ވެރިރަށް މާލެއަށް ކޮރޮނާވައިރަސް ފެތުރިގެންފައިވާ އިރު، މާލެއިން މިހާތަނަށްފެނުނު ކޭސްތަކުގެ އަދަދު ވަނީ، 96 އަކަށް އަރާފަ އެވެ. އަދި މިހާތަނަށް ރާއްޖެއިން ފެނުނު ކޭސްތަކުގެ އަދަދަކީ، 116 އަށް އަރައިފަ އެވެ. ކޮރޯނާވައިރަހުގެ ސަބަބުން އިގްތިސާދަށް އަންނަ ލޮލުޅުން ކުޑަކުރުމަށް ސަރުކާރުން މިހާރު ވަނީ ގިނަ ދާއިރާތަކުން ހަރަދު ކުޑަ ކުރުމަށް ވެސް ނިންމާފަ އެވެ. އަދި ވިޔަފާރިތަކަށް އެހީވުމަށް ސްޓިމްލަސް ޕެކޭޖެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ.
ކޮރޯނާވައިރަހާ ދެކޮޅު މަސައްކަތަށް 1.6 ބިލިއަން ރުފިޔާ ހަރަދުވާނެ: އަމީރު
ދިއްލީ (މެއި 20): އިންޑިއާއިން ކޮރޯނާވައިރަހާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި އެހީވުމަށް، ބްރިކްސް ޖަމްއިއްޔާގެ ނިއު ޑިވެލޮޕްމެންޓް ބޭންކް (އެންޑީބީ)އިން އެގައުމަށް އެއް ބިލިއަން ޑޮލަރުގެ ލޯނެއް ދީފި އެވެ. ދުނިޔޭގެ ކުރިއަރަމުން އަންނަ އިގުތިސާދުތައް ހިމެނޭ ބްރިކްސްގެ ބޭންކުން ބުނި ގޮތުގައި އިންޑިއާއަށް އެ ލޯނު ދޭން އެންޑީބީ ބޯޑުން ފާސް ކުރީ މިދިޔަ މަހުގެ 30ގަ އެވެ. އަދި އެ ލޯނުގެ މަގުސަދަކީ ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށާއި ބަލިމަޑުކަމުގެ ސަބަބުން ލިބޭ އިންސާނީ، އިޖުތިމާއީ އަދި އިގުތިސާދީ ގެއްލުންތައް ކުޑަ ކުރުމަށް އިންޑިއާ ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީވުމެވެ. މީގެ އިތުރުން، ޗައިނާއިން އިސްނަގައިގެން އުފައްދާފައިވާ އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމެންޓް ބޭންކް (އޭއައިއައިބީ)އިން ވެސް ވަނީ އިންޑިއާއަށް އެހީވުމުގެ ގޮތުން 500 މިލިއަން ޑޮލަރުގެ ލޯނެއް ދޭން މިމަހުގެ ކުރީކޮޅު އެއްބަސްވެފަ އެވެ. އެ ލޯނުގެ ބޭނުމަކީ އިންޑިއާގެ އާއްމު ސިއްހަތުގެ ނިޒާމު ހަރުދަނާކޮށް، މުސްތަގުބަލުގައި ފެނިދާނެ ބަލިމަޑުކަަމަށް ތައްޔާރުވެ، ބަލި ފެތުރުން ހުއްޓުވުމަށް އެގައުމުގެ ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީވުން ކަމަށް އޭއައިއައިބީން ބުންޏެވެ. ދެހާސްސާދަ ވަނަ އަހަރު އުފެއްދި ބްރިކްސްގެ މެމްބަރުންގެ ތެރޭގައި ހިމެނެނީ ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ދެކުނު އެފްރިކާ އެވެ. އަދި ބްރިކްސްގެ ޑިވެލޮޕްމެންޓް ބޭންކުގައި ހުރިހާ ގައުމަކަށް ވެސް ދީފައި އޮންނަނީ 20 ޕަސެންޓު ހިއްސާ އެވެ. މިދިޔަ މާޗް މަހު އެންޑީބީން ވަނީ ޗައިނާއިން ކޮރޯނާވައިރަހާ ގުޅިގެން ކުރާ ހަރަދުތަކަށް އެހީވުމުގެ ގޮތުން އެގައުމަށްވެސް ހަތް ބިލިއަން ޔުއާން (985 މިލިއަން ޑޮލަރު)ގެ ލޯނެއް ދޭނެ ކަމަށް ބުނެފަ އެވެ.
ކޮރޯނާވައިރަސް: ބްރިކްސް ބޭންކުން އިންޑިއާއަށް އެއް ބިލިއަން ޑޮލަރުގެ ލޯނެއް ދީފި
މިއަދަކީ ދުނިޔޭގެ ގިނަ އިސްލާމީ ގައުމުތަކަށް މުލަ ރޯދަ ދުވަހެވެ. އިއްޔެއަކީ ހިޖްރީގޮތުންޝައުބާން މަހުގެ 30 ވަނަ ދުވަސްކަމާއި މިއަދަކީ 1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ އެއްވަނަ ދުވަސްކަމަށް އިސްލާމީ ގިނަ ގައުމުތަކުންވަނީ އިއުލާނުކޮށްފައެވެ. މީގެތެރޭގައި ގިނައީ އަރަބި ގައުމުތަކާއި އޭޝިއާގެ އިސްލާމީ ގައުމުތަކާ އަދި އެފްރިކާގެ އިސްލާމީ ގައުމުތަކެވެ. މިއަދަކީ ރަމަޟާން މަހުގެ އެއްވަނަ ދުވަސްކަމަށް އިއުލާނު ކުރި ގައުމުތަކުގެ ތެރޭގައި މިސްރު، އުރުދުން، ފަލަސްތީން، ޔަމަން، ލީބިޔާ، އަލްޖަޒާއިރު، މޮރިޓޭނިޔާ، ތޫނިސް، ސޫރިޔާ، ސައޫދީ، އަދި ގަލްފުގެ ގައުމުތަކުގެ ތެރެއިން އުމާން ފިޔަވައި އެހެން ގައުމުތައް ހިމެނެއެވެ. މީގެއިތުރުން އިންޑޮނީޝިއާ، މެލޭޝިއާ، ޕާކިސްތާން، ބަންގްލަދޭޝް، ބުރުނާއި އަދި އަފްޣާނިސްތާނާއި މެދުތެރޭ އޭޝިޔާގެ އިސްލާމީ ގައުމުތަކާއި ތުރުކީންވެސްވަނީ މިއަދަކީ ބަރަކާތްތެރި ރަމަޟާން މަހުގެ އެއްވަނަ ދުވަސްކަމަށް އިޢުލާނުކޮށްފައެވެ. ބައެއް ގައުމުތަކަށް މިއަދަކީ ޝަޢުބާން މަހުގެ 30 ވަނަ ދުވަސް ނަމަވެސް މިއަދަކީ ޝައުބާން މަހުގެ 30 ވަނަ ދުވަސްކަމާއި މާދަމައަކީ ރަމަޟާން މަހުގެ އެއްވަނަ ދުވަސްކަމަށްވެސް ބައެއް އިސްލާމީ ގައުމުތަކުން އިޢުލާންކޮށްފައިވެއެވެ. އޭގެތެރޭގައި މޮރޮކޯ، ޢުމާން، އީރާން، ސޫދާން، ސެނެގާލް، ޗާޑް، މާލީ، ނައިޖީރިއާ، ނައިޖަރު، ގެންބިއާ، ސޮމާލިއާ އަދި ޖިބޫތީ ހިނެއެވެ. މީގެއިތުރުން މުސްލިމް ނޫން ގައުމުތަކުގައި ދިރިއުޅޭ އިސްލާމީ މުޖްތަމައުތަކުގެ ތެރެއިންވެސް ގިނަ މުޖްތަމައުތަކުން ވަނީ މިއަދަކީ ރަމަޟާން މަހުގެ އެއްވަނަ ދުވަސްކަމަށް އިޢުލާނުކޮށްފައެވެ. މިއަހަރު ބަރަކާތްތެރި ރަމަޟާން މަސް ދުނިޔޭގެ މުސްލިމުންނާ ކުރިމަތިލާފައިމިވަނީ ފަހުގެ ތާރީޚެއްގައި ދުނިޔެ ނުދެކޭފަދަ ހައްސާސް އަދި ޚުތޫރަތްތެރި ދަނޑިވަޅެއްގައެވެ. ކޮރޯނާ ވައިރަސް "ކޮވިޑް-19" ގެ ސަބަބުން މުޅި ދުނިޔެ ބޮޑު ކާރިސާއެއްގެ ތެރޭގައިވާ ވަރަށް ބިރުވެރި އަދި ނުތަނަވަސް ދަނޑިވަޅެއްގައެވެ. ދުނިޔޭގެ ދަތުރުފަތުރާއި އިގްތިސާދީ ހަރަކާތްތަކާއި ސަޕްލައި ޗެއިން ހުއްޓިފައި ކޮވިޑް-19 މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދިޔުމުގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރާއި އިގްތިސާދީ ގިނަ ހަރަކާތްތަކާއި ސަޕްލައި ޗެއިންތައް ހުއްޓާލާފައިވާއިރު ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށްވުރެވެސް ގިނަ ބަޔަކު ވަނީ ބޭރަށް ނުނުކުމެ ގޭބަންދުގައި ތިބެންޖެހިފައެވެ. ޖަމާއަތުގައި ނަމާދުކުރުމާއި ޖަމާއަތުގައި ތަހާވީޙު ކުރުންވެސް މެދުކަނޑާލާފައި މީގެއިތުރުން ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން އިސްލާމީ ގައުމުތަކާއި ޣައިރު މުސްލިމު ގައުމުތަކުގެ އިސްލާމީ މުޖްތަމައުތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމާއި ޖަމާއަތުގައި ތަހާވީޙު ކުރުންވެސްވަނީ ވަގުތީގޮތުން ހުއްޓާލާފައެވެ. އަދި މުސްލިމުންގެ ތިން ހަރަމްފުޅު ކަމަށްވާ މަސްޖިދުލްހަރާމް އާއި މަސްޖިދުއްނަބަވީ އަދި މަސްޖިދުލްއަގްސާ ގައި ޖަމާއަތުގައި ނަމާދުކުރުމާއި ޖަމާއަތުގައި ތަހާވީޙު ކުރުންވެސްވަނީ ވަގުތީގޮތުން ހުއްޓާލާފައެވެ. ނަމަވެސް ދުނިޔޭގެ އެންމެ ބޮޑު އިސްލާމީ ދެ ގައުމުކަމަށްވާ އިންޑޮނޭޝިއާއާއި ޕާކިސްތާނުންވަނީ ގައިދުރުކަން ބެހެއްޓުން ޝަރުތުކޮށް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމާއި ތަރާވީހު ކުރުމުގެ ފުރުސަތު އެގޮތަށްކުރަން ބޭނުންވާ ބަޔަކަށް ދީފައެވެ. ރަމަޟާން މަހުގެ އިޖްތިމާޢީ ހަރަކާތްތަކާއި ބާޒާރުތައް ހުއްޓިފައި ރަމަޟާން މަހަކީ ދީނީގޮތުންނާއި އިޖްތިމާއީ ގޮތުން މުސްލިމުންނަށް ވަރަށް އަދަޔާ ޚިލާފު މައްސަރެކެވެ. އެއްތަނަކަށް ޖަމާވެ، ޖަމާއަތުގައި ރޯދަވީއްލުމާއި އެނޫންވެސް އާދަކާދަތަކުގައި ވަރަށްބޮޑަށް މަޝްޣޫލުވެގެން އުޅޭ މައްސަރެކެވެ. ނަމަވެސް، މި ފަހަރުގެ ރަމަޟާން މަސްމިވަނީ ކޮވިޑް-19 އާ ގުޅިގެން ދަތުރުފަތުރު ހުއްޓި، އެއްތަނަކަށް ޖަމާވުން މަނާވެ އިޖުތިމާއީ ގައިދުރުކަން (ދުރުދުރުގައި ތިބުން) އިސްކުރަންޖެހިފައެވެ. އަދި ރަމަޟާން މަހަށް ހާއްސަކޮށްގެން މުސްލިމުން ހިންގާ ބޮޑެތި ބާޒާރުތައްވެސް މިއަހަރު ގެ ރަމަޟާންމަހުވަނީ ކުރިއަކަށް ނުގެންދިޔުމަށް އިސްލާމީ ގައުމުތަކުންނާއި އިސްލާމީ މުޖްތަމައުތަކުންވަނީ ނިންމާފައެވެ. (ނޫސްއެޖެންސީތައް)
މިއަދަކީ އިސްލާމީ ގިނަ ގައުމުތަކަށް މުލަ ރޯދަ ދުވަސް
ބޭ އޮފް ބެންގާލްގައި އުފެދިގެން މިހާރު އިންޑިއާގެ އުތުރަށް ދަތުރުކުރަމުންދާ ތޫފާން އަމްފާންގެ ސަބަބުން އިންޑިއާ އާއި ބަންގްލަދޭޝްގެ އެތައް މިލިއަން މީހުންނަކަށް ގެއްލުން ވާނެ ކަމަށް އިންޑިއާގެ މޫސުމާ ބެހޭ ފަރާތްތަކުން ބުނެފިއެވެ. އަމްފާން ތޫފާން މިހާރު އިންޑިއާގެ އޮޑިޝާ ސްޓޭޓުގެ ކަސާފާލް އާ ކައިރިވެފައިވާއިރު ކުރިއަށް އޮތް ދެ ގަޑިއިރެއްގެ ތެރޭގައި އެއްގަމަށް އަރާނެ ކަމަށް ބުނެއެވެ. އަމްފާން ދަތުރުކުރަމުންދަނީ ގަޑިއަކު 100 މޭލުގެ ބާރު މިނުގައެވެ. އެއީ އެޓްލާންޓިކް ތޫފާނުގެ ކެޓަގަރީ ދެއެއްގެ ބާރުމިން ހުރި ތޫފާނެކެވެ. އަދި އެ ތޫފާން މިހާރު އޮތީ ކޮލްކައްތާގެ 240 ކިލޯމީޓަރު ދުރުގައެވެ. އެ ތޫފާނުގައި ބޯކޮށް ވާރެ ވެހި ފެންބޮޑުވުން އެކަށީގެންވާނެ ކަމަށް ބުނެފައިވެއެވެ. ތޫފާނުގެ އަސަރު އެއްގަމަށް ކުރަމުންދާއިރު، އެ ތޫފާނު އަރަމުންދާ ހިސާބުން މީހުން ސަލާތްކޮށް ރައްކާތެރި ސަރަހައްދުތަކަށް ގެންދިޔުމަށް އިންޑިއާއާއި ބަންގްލަދޭޝް އިން ދަނީ މަސައްކަތް ކުރަމުންނެވެ. ބަންގްލަދޭޝްގެ ޑިޒާސްޓާ މެނޭޖްމެންޓް އިން ބުނެފައިވަނީ ތޫފާން އަމްފާން އަރަމުން އަންނަ ސަރަހައްދުން މިހާރުވެސް ދެ މިލިއަނަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ގެންގޮސްފައި ކަމަށެވެ. އިންޑިއާގެ މީޓިއޮރޯލޮޖިކަލް ޑިޕާޓްމެންޓް އިން ބުނެފައިވަނީ އެ ތޫފާނުގެ ސަބަބުން ނުރައްކަލަށް ކުރިމަތިވެފައިވާ 430،000 މީހުން ވަނީ މިހާރު ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައި ކަމަށެވެ.
ތޫފާން އަމްފާންގެ ސަބަބުން އެތައް މިލިއަން މީހުން ނުރައްކަލުގައި
ގިނަ ބަޔަކަށް އަދިވެސް ކަމުދާ ޓީވީ ޝޯ ކަމަށްވާ "ފްރެންޑްސް"ގެ ލީޑު ކާސްޓުންނާއެކު އެ ޝޯގެ ހާއްސަ "ރިޔޫނިއަން" އެޕިސޯޑެއް ގެނެސްދޭނެ ކަމުގެ އުފާވެރި ޚަބަރު މީގެ ކުރިން އެޗްބީއޯ އިން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް ކޮރޯނާވައިރަސްގެ ސަބަބުން އެޕިސޯޑްގެ މަސައްކަތް ފަސްކުރިނަމަވެސް ފަހުގެ އަޕްޑޭޓްތައް ބުނާގޮތުގައި ފްރެންޑްސްގެ ރީޔޫނިއަން އެޕިސޯޑްގެ ޝޫޓިން މިއަހަރުގެ ހޫނު މޫސުމުގެ ފަހުކޮޅު ފެށޭނެއެވެ. މިއަހަރުގެ ހޫނު މޫސުމަކީ ޖޫން 21 އިން ސެޕްޓެމްބަރު 22 އަށެވެ. ބެލެވޭގޮތުގައި ފްރެންޑްގެ ރީޔޫނިއަން އެޕިސޯޑްގެ ޝޫޓިން ފެށޭވަރުވާނީ ސެޕްޓެމްބަރު މަހުގައެވެ. ޕްރޮޑަކްޝަން ޓީމުން ބުނީ އެ އެޕިސޯޑްގެ ޝޫޓިން ވަރަށް އަވަހަށް ފެށޭނެ ކަމަށް އުންމީދުކުރާކަމަށެވެ. އެއަށްވުރެ އަވަހަށް ޝޫޓިން ފެށޭ ހާލަތެއް އަތުވެއްޖެނަމަ ޝޫޓްކުރުމަށް ތައްޔާރަށް ތިބިކަމަށްވެސް ޓީމުން ބުނެއެވެ. ޝޯގެ ލީޑް އެކްޓަރުން ކަމަށްވާ ޖެނިފާ އެނިސްޓަންއާއި ކޯޓްނީ ކޮކްސް އާއި ލީސާ ކުޑްރޯ އާއި މެޓް ލެބްލާންކް އާއި މެތިއު ޕެރީ އަދި ޑޭވިޑް ޝްވިމާ، އެންމެން އެކީގައި މިދިޔަ އަހަރު ނެގި ސެލްފީއަކާއެކުގައި ފްރެންޑްސްގެ ރިޔޫނިއަންއެއް ހަދަން އުޅުމުގެ އަޑުތަކެއް ފެތުރެން ފެށިއެވެ. އެކުގައި ދިރިއުޅޭ ހަ ރަހުމަތްތެރިންގެ ދިރިއުޅުން ދައްކުވައިދޭ އެ ސީރީޒްގައި ހުރިހާ ރަހަތަކެއް އެކުލެވިގެންވެއެވެ. އެތައް ހާސް ބަޔަކު އަދިވެސް ބަލާ އެ ޝޯ ނިމިފައިވަނީ މީގެ 16 އަހަރު ކުރީންނެވެ. ޖުމްލަ 10 ސީޒަން ދައްކާފައިވާ ފްރެންޑްސް ދައްކާފައިވަނީ 1994 އިން 2004 އަށެވެ.
ފްރެންޑްސްގެ ރީޔޫނިއަން އެޕިސޯޑްގެ ޝޫޓިން ހޫނު މޫސުމުގައި
ކޮންމެ އަހަރެއްގެ ރަމަޟާން މަހާއެކު ދިވެހީންގެ ލައިފްސްޓައިލްތަކާއި އާދަތަކަށް ބޮޑެތި ބަދަލުތަކެއް އާދެ އެވެ. އަޅުކަމާއި ރޯދަ ކުރުކުރުން ފަދަ ކަންތަކަށް ދިވެހީން ދޭ ސަމާލުކަން ރަމަޟާން މަހުގައި އިތުރުވެގެންދެ އެވެ. ރަމަޟާން މަހާއެކު ކޮންމެ ދުވަހެއްގެ ހަވީރު މަގުތައް ފުރާލައި ރޯދަ ކުރުކުރުމަކީ އެންމެ ގިނަ ބަޔަކު ކުރާ އެއް ކަމެވެ. ނަމަވެސް ސިއްހީ ބޮޑު ކުއްލި ނުރައްކަލަކާއެކު ހުރިހާ އެންމެން ލޮކްޑައުންއެއްގައި ތިބި އިރު މިއަހަރު ފިނިބުރު ޖަހާނީ ކިހިނެއް ހެއްޔެވެ؟ ރޯދަ ކުރުކުރަން ކުރާނީ ކޮން ކަމެއް ހެއްޔެވެ؟ މިއަހަރުގެ ރަމަޟާން މަސް އައިސް މި ދިމާވީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ތެރެއިންނެވެ. ބޮޑު ނުރައްކަލެއްގެ ތެރޭގައި ގައުމު އޮތް އިރު ރަމަޟާން މަސް އައި އިރު އާންމުން މިއަހަރުގެ ރަމަޟަން މަސް ހޭދަކުރާނީ ގޭގެ ހަތަރު ފާރުތެރޭގަ އެވެ. ކޮންމެ ރަމަޟާން މަހެއްގައިވެސް ނަމާދު ވަގުތަކަށް މިސްކިތްތައް ފުރާލާނެ އެވެ. އަދި ހަވީރު ފިންޏަށް އާއިލާ ނުވަތަ އެކުވެރިޔާ ނުވަތަ ގާތް ބައިވެރިޔަކު ގޮވައިގެން ހިނގާލަން ނުވަތަ ސައިކަލު ބުރު ޖަހަން ނިކުންނާނެ އެވެ. ހަވީރު ދަޅައަށް މަގުތަކުގެ ދިރުންލިބެ އެވެ. ނަމަވެސް މިއަހަރުގެ ރަމަޟާން މަސް ފަހަރުގައި ނިމިގެންދާނީ މިސްކިތްތަކާއި މަގުތައް ފަޅުކޮށް އޮވެގެން ކަމަށް ވެދާނެ އެވެ. މިއަހަރުގެ ރަމަޟާން މަހާއެކު ގިނަ ބައެއްގެ އެންމެ ގާތް އެކުވެރިއަކަށް ވެފައިވަނީ ސޯޝަލް މީޑިއާ އެވެ. އެތައް ބަޔަކު ދަނީ ސޯޝަލް މީޑިއާގައި މިއަހަރުގެ ރަމަޟާން މަސް ތަފާތު ވާނެ ވާހަކަ ދައްކަމުންނެވެ. އަދި އެންމެ ގިނަ ބަޔަކު "މިސް"ވާނެ ކަމަށް ބުނަމުންދަނީ ހަވީރު ފިނިބުރު ޖަހާ ވާހަކަތަކެވެ. ސައިކަލު ބުރުތަކުގެ އިތުރުންވެސް ރަމަޟާން މަހާ ގުޅިގެން ދިވެހީންގެ އިތުރު ތަފާތު އާދަތަކެއް ހުރެެއެވެ. ތަންތަނަށް ރޯދަ ވީއްލަން ދިޔުން މިއީ ހާއްސަކޮށް މާލޭގައި މަގުބޫލު ކަމެކެވެ. ކޮންމެ އަހަރެއްގެ ރަމަޟާން މަހުގައި ކޮންމެވެސް ބަޔަކާއެކު ބޭރުން ރޯދަ ވީއްލުމަކަށް ދިޔުމަކީ ގިނަ ބައެއްގެ އާދައެކެވެ. އެއްބައިފަހަރު އެކުވެރީންނާއެކުގައެވެ. އަނެއްބައިފަހަރު އޮފީސް މީހުންނާއެކުގައެވެ. އަދި އާއިލާއާއެކުވެސް ރޯދަ ވީއްލުމަކަށް ރެސްޓޯރަންޓްތަކަށް ދާ މީހުން މަދެއް ނުވާނެއެވެ. ރޭގަނޑު ކޮފީތަކަށް އެރުން ދިވެހީންނަކީ ކޮފީއަށް ވަރަށް ލޯބިކުރާ ބައެކެވެ. ރަމަޟާން މަހުގައި ރޯދަ ވީއްލާ ތަރާވީސް ކުރުމަށްފަހު ރެސްޓޯރެންޓްތައް ފުރޭ ކަމަކީ އެކަމުގެ ހެއްކެކެވެ. ރޭގަނޑުގައި އެކުވެރިންނާއެކު އާންމުކޮށް ތާސް ގަނޑެއް ކުޅެލަން ނަމަވެސް ކޮފީއަށް އެރުމަކީ ރަމަޟާން މަހުގައިވެސް ގިނަ ބައެއްގެ އާދައެކެވެ. މިތިބީ ލޮކްޑައުންވެފައި، ދެން ހަދާނީ ކިހިނެއް؟ ދިވެހީން އެތައް އަހަރެއް ވަންދެއް ރަމަޟާން މަހުގައި ގެންގުޅުނު ލައިފްސްޓައިލް ވަނީ މިއަހަރު ބަދަލު ކުރަން ޖެހިފަ އެވެ. ގިނަ ބައެއް އެއްވެ ކުރާ އެތައް ކަންތައްތަކެއް މިހާރު ވަނީ ހުއްޓާލަން ޖެހި އެހެން އާދަތަކެއް ދަސްކުރަން ޖެހިފަ އެވެ. އެހެންކަމުން މި ރަމަޟާން މަހަކީ ރަނގަޅު އާ އާދަތަކެއް އަށަގެންނެވުމަށް ލިބޭ ފުރުސަތަކަށް ވުން އެކަށީގެންވެ އެވެ. އެހެންވީމާ ލޮކްޑައުންގެ ހާލަތުގައި ދެން ރޯދަ ކުރުކުރުމަށް ކުރާނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ އެތައް ބަޔަކު ބުނަމުން ދަނީ މިއަހަރުގެ ރަމަޟާން މަހަކީ އެކަނިވެރި މަހެކެވެ. ފަހަރުގައި އެކަނި އުޅޭ ފަރާތްތަކަށް އެއީ ތެދަކަށް ވެދާނެ އެވެ. ނަމަވެސް ލޮކްޑައުންގައި އާއިލާއާއެކު ހޭދަކުރާ ނަމަ ރޯދަ ކުރުކުރުމަށް ތަފާތު ކަންތައް ކުރެވިދާނެ އެވެ. އާއިލާއާ އެއްކޮށް ޖަމާއަތުގައި ނަމާދުކުރުން ނަމާދުގެ އަޅުކަމަކީ ދިވެހީން ރަމަޟާން މަހުގައި ވަރަށް ބޮޑު ސަމާލުކަމެއް ދޭ ކަމެކެވެ. މި ފަހަރުގެ ރަމަޟާން މަހުގައި ލޮކްޑައުންގައި ގިނަ ބަޔަކު ތިބުމުން މިސްކިތުގައި ނަމާދުކުރުމުގެ ފުރުސަތެއް ނެތެވެ. އެހެންނަމަވެސް ގޭގައިވެސް ޖަމާއަތުގައި ނަމާދުކޮށްލެވިދާނެ އެވެ. އާއިލާ އެންމެނާއެކު ޖަމާއަތުގައި ނަމާދުކުރުމަކީ ހަމަ ކުރެވިދާނެ ކަމެކެވެ. އާއިލާގެ އެންމެން ފިލްމެއް ބެލުން ކިހިނެއް ވާނެ؟ ރޯދަ ވީއްލަން ހުރިހާ އެންމެން ބަދިގޭގައި އުޅޭ ވަގުތަކީ މެންދުރު ފަހުގެ ވަގުތެވެ. އެހެންކަމުން ހުރިހާ ކަމެއް ނިންމާލާފައި ލިބޭ ހުސްވަގުތުކޮޅުގައި ހުރިހާ އުމުރަކާ ގުޅޭ ކާޓޫނެއް ނުވަތަ ފިލްމެއް ބަލާލުން ކިހިނެއް ވާނެ ހެއްޔެވެ؟ މިއީ އާއިލާގެ އެންމެން އެއްތަނަކަށް އެއްވެ އެކީގައި ތިބެ ފޫހި ފިލުވާލައި މަޖާކޮށްލެވޭނެ ކަމަކަށް ވެދާނެ އެވެ.
ތަފާތު ރޯދަމަހެއް؛ ފިނި ބުރެއް، އާއިލީ ރޯދަވީއްލުމެއް ނެތް!
ރާއްޖެއަށް ހުސްނުވާ އާސަންދަ ތައާރަފް ކުރިފަހުން މެޑިކަލް "މާފިއާއެއް" އުފެދިފައިވާ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ތުހުމަތު ކުރައްވައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ މުގައްރިރު އަދި މާލިއްޔަތު ކޮމެޓީގެ މެމްބަރު ޝަރީފު ވިދާޅުވީ އާސަންދައިގެ އިތުރުން މެޑިކަލް ސްޕްލައިސްއަށް ބޮޑު ހަރަދެއް ހިނގާ ކަމަށެވެ. ދައުލަތުގެ ހަރަދު ވީހާ ވެސް ބޮޑަށް މި ދަނޑިވަޅުގައި ކުޑަ ކުރަން ޖެހޭ ކަން ވެސް ޝަރީފް ފާހަގަ ކުރެއްވި އެވެ. "ހާއްސަކޮށް ހުސްނުވާ އާސަންދަ އައި ފަހުން މި އޮތީ މެޑިކަލް މާފިއާއެއް މި ރާއްޖޭގައި އުފެދިފައި،" ޝަރީފް ވިދާޅުވި އެވެ. ބޮޑެތި ކުންފުނިތައް ކަން ވެސް ޝަރީފް ވަނީ ފާހަގަކުރައްވައިފަ ޝަރީފު ވިދާޅުވީ އެކަން އެގޮތަށް ކުރެވެނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެ ދޫދޭތީ ކަމަށާއި ސަރުކާރަށް ތަކެތި ގަންނަ އުސޫލު ބަދަލުކޮށް އެކަމުގެ ތެރެއިން ކަރަޕްޝަން ނައްތާލުމަށް ވަރަށް ބޮޑު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. "އެހެންވީމާ އަޅުގަނޑު އެބަ ހުށަހަޅަން ކަރަޕްޝަން ކުޑަކުރުމަށް ޓަކައި ދައުލަތުން އާންމުކޮށް އިދާރާތަކަށް އެތެރެކުރާ ތަކެތި އެތެރެކުރުމަށް ޓަަކައި ސެންޓްރަލް އޯގަނައިޒޭޝަންއެއް ހަދައި ސިދާ މެނިފެކްޗަރާ އަތުން މި މުދާ ގަނެވޭނެ ގޮތަކަށް އިންތިޒާމް ކުރުން،" ޝަރީފް ވިދާޅުވި އެވެ. ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗާއި އަދި ރީޖަނަލް ހޮސްޕިޓަލަކަށް ބޭނުންވާ މެޑިކަލް އިކްވިޕްމަންޓާއި އަދި މެޑިކަލް ކޮންސިމިއުބަލްސް ފަދަ ތަކެތި މައިގަނޑު ގޮތެއްގައި ރާއްޖެ އެތެރެ ކުރަނީ، ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން، އެސްޓީއޯ އިންނެވެ. އެސްޓީއޯ އިން މައިގަނޑު ގޮތެއްގައި އެ ތަކެތި ގެންނަނީ ތިން ވަނަ ޕާޓީ މެދުވެރިކޮށް ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ. އަދި ސީދާ މެނިފެކުޗަރާ އަތުން ގެންނަނީ މަދު އެއްޗެއް ކަމަށް ވެސް ތުހުމަތު ކުރެވެ އެވެ. އަދި އެ ތިން ވަނަ ޕާޓީ ގުޅެނީ ނުފޫޒު ހުރި ފަރާތްތަކާ ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ. ނަމަވެސް އެސްޓީއޯގެ ސްޕޯކްސްޕާސަން އަބްދުﷲ މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ އެސްޓީއޯ އިން ގެންނަ މެޑިކަލް އިކްވިޕްމަންޓާއި އަދި މެޑިކަލް ކޮންސިއުމަބަލްސްގެ ތެރެއިން މެނިފެކުޗަރުގެ އަތުން ލިބެން ހުންނަ އެއްޗެތި މިހާރު ވެސް ގެންނަނީ މެނިފެކުޗާގެ އަތުން ކަމަށާއި މެނިފެކުޗާގެ އަތުން ސީދާ ނުލިބޭ ތަކެތި އޮތަރައިޒުޑް ޑީލަރުގެ އަތުން ވެސް ގަންނަ ކަމަށެވެ. އަދި އެފަދަ ހާލަތްތަކުގައި އެތަކެތި ގަންނަނީ އަގަށް ބަލައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޝަރީފު ވިދާޅުވީ ސެންޓްރަލް އޯގަނައިޒޭޝަންއެއް އުފައްދައިގެން މެޑިކަލް ކޮންސިއުމެބަލްސް ފަދަ ތަކެތި ގެންނަން ފެށުމުން ކަރަޕްޝަން ބޮޑުތަނުން މަދުކުރެވިދާނެ ކަމަށެވެ. އަދި އެކަންތައް އިސްލާހު ނުކޮށްފި ނަމަ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. "އެހެންވީމާ ދައުލަތުގެ ހަރަދު ކުޑަކުރަން ޖެހޭ. ކަރޮޕްޝަން ނައްތާލަން ޖެހޭ. އާސަންދަ ދެމެހެއްޓެނިވި ގޮތަކަށް ހިންގާ އޯގަނައިޒޭޝަނަކަށް ވާން ޖެހޭ،" ޝަރީފް ވިދާޅުވި އެވެ. ކޮރޯނާ ވައިރަސް އިން ދިވެހި ރައްޔިތުން ސަލާމަތް ކުރުމަށް ދައުލަތުން ވަނީ މިހާތަނަށް 814 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އަދި މިދިޔަ ހަފުތާގައި ފައިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އެ ފައިސާގެ ތެރެއިން ބޮޑު ބައެއް ހަރަދު ކުރެވިފައި ވަނީ މެޑިކަލް ކައުންސިއުމެބަލްސް އަށް ކަމަށާއި އެ 814 މިލިއަން ރުފިޔާގެ ތެރެއިން 72 ޕަސެންޓް ހަރަދުކޮށްފައި ވަނީ އެސްޓީއޯ މެދުވެރިކޮށް ކަމަށެވެ.
ހުސްނުވާ އާސަންދަ އައިފަހުން މެޑިކަލް މާފިއާއެއް ވަނީ އުފެދިފައިި: ޝަރީފް
ނަވާރަސަތޭކަ ނުވަދިހަ ތިންވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ދާމިނީ"ގެ ރީމޭކެއް ހަދަން ނިންމައިފިއެވެ. ފިލްމު ރީމޭކެއް ހަދަން ނިންމިއިރު ފިލްމުގެ ރައިޓްސް އޮތީ ސަނީ ޑިއޯލް އާއި މައްސަލަޖެހުނު ޝާހްރުކްޚާން އަތުގައެވެ. ފިލްމު "ޑަރް"ގެ ސެޓުގައި ދެމީހުން މައްސަލަޖެހުނުއިރު "ދާމިނީ"ގެ ޕްރޮޑިއުސަރުންނަކީ ޝާހްރުކްގެ ވަރަށް ގާތް އެކުވެރިއެއްކަމަށްވާ އަލީ އާއި ކަރީމް މޮރާނީ އެވެ. އެހެންކަމުން އެ ފިލްމުގެ ރީމޭކެއް ހެދުމަކީ ނުވާނެ ކަމެއްކަމަށް އޭރު ސަނީ ދެކުނެވެ. ނަމަވެސް މަންޒަރު ބަދަލުވެގެންދިޔައީ "ދާމިނީ"ގެ ރީމޭކެއް ހަދަން އުޅޭކަމުގެ އަޑު ޝާހުއަށް އިވުމުން އޭނާ އަމިއްލައަށް އިސްނަގައިގެން އޭނާ ވަނީ ސަނީ ދިރިއުޅޭ ގެއަށް ގޮސް ފިލްމުގެ ރައިޓްސް އެއްވެސް ޝަރުތަކާ ނުލައި ސަނީ އަށް ދީފައެވެ. "ދާމިނީ" އަކީ ގޭގައި ގެންގުޅޭ ނޯކަރަކު ރޭޕްކޮށްލުމުން އޭނާއަށް އިންސާފު ހޯދައިދިނުމަށް ދާމިނީ ކިޔާ އަންހެނަކު ކުރާ މަސައްކަތުގެ ތެރެގައި ދިވާވާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ގެނެސްދީފައިވާ ފިލްމެކެވެ.
ސަނީގެ "ދާމިނީ" ގެ ރިމޭކެއް
ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން މަޖިލީހުން މުސާރަ ކަނޑައަޅާ ފަރާތްތަކުގެ ތެރެއިން 20،000 އަށް ވުރެން މަތިން ލިބޭ ހުރިހާ ފަރާތްތަކުގެ މުސާރަތައް ކުޑަ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ. މަޖިލީހުން މުސާރަ ކަނޑައަޅާ ފަރާތްތަަކުގެ މުސާރަ ކުޑަ ކުރުމުގެ ރިޕޯޓް ތައްޔާރު ކޮށްފައި ވަނީ މާލިއްޔަތު ކޮމެޓންނެވެ. އެ ރިޕޯޓްގައިވާ އެގޮތުން 20،001 ރުފިޔާ އާއި 30،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުން 20 ޕަސެންޓު އުނިކުރަން ނިންމާފައިވާއިރު 30،001 ރުފިޔާ އާއި 60،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުން 30 ޕަސެންޓު ކަނޑަން ވަނީ ނިންމާފަ އެވެ. އަދި 60،001 ރުފިޔާއަށް ވުރެ މަތީގެ މުސާރަތަކުން އުނިކުރަން ނިންމާފައި ވަނީ 35 ޕަސެންޓެވެ. މިއީ ސަރުކާރުން މުވައްޒަފުންގެ މުސާރަތައް ވެސް ކުޑަކުރުމަށް ނިންމާފައިވާ އުސޫލެވެ. ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅާ ފަރާތްތަކުގެ ތެރޭގައި ރައިސުލްޖުމްހޫރިއްޔާ އިތުރުން މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުންނާއި ގާޒީންގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ވެރިން ހިމެނެ އެވެ. މުސާރަތައް ކުޑަކުރުމަށް ނިންމާފައި ވަނީ ކުރިއަށް އޮތް މޭ، ޖޫން އަދި ޖުލައި ތިން މަހަށެވެ. ތިން މަހަށް ފަހު ހާލަތު މުރާޖައާ ކުރުމަށް ފަހު އަނެއްކާ ވެސް މުސާރައާ މެދު ގޮތެއް ނިންމާނެ އެވެ.
މަޖިލީހުން ކަނޑައަޅާ މުސާރަތައް ކުޑަ ކުރަން ފާސްކޮށްފި
މިއަދުވެސް މާލެއިން ކޮރޯނާވައިރަހުގެ، ކޮވިޑް-19 ގެ ހަ ކޭހެއް މިއަދު ފެނިފައިވާކަން، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފި އެވެ. އެޗްޕީއޭއިން ބުނި ގޮތުގައި މިއަދު އަލަށް ފެނުނު ހަ ކޭސްއަކީ، ހިމެނެނީ ދެ ދިވެހިންނާއި ދެ ބަންގްލަދޭޝް މީހުން އަދި ސްރީލަންކާ މީހަކާއި އިންޑިއާ މީހެކެވެ. މިއާއެކު މާލެއިން ފެނުނު ކޭސްތަކުގެ އަދަދު ވަނީ، 96 އަކަށް އަރާފައެވެ. އަދި މިހާތަނަށް ރާއްޖެއިން ފެނުނު ކޭސްތަކުގެ އަދަދަކީ، 116 އެވެ. މިއީ ރާއްޖެއިން ލަންކާ މީހަކު މިވައިރަހަށް ޕޮޒިޓިވްވެގެން އެޗްޕީއޭ އިން ހާމަ ކުރި ފުރަތަމަ ފަހަރެވެ. އިންޑިއާގެ ދެ މީހަކު މީގެ ކުރިން ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖޭގައި ވައިރަސް ޖެހިފައި ތިބި އިންޑިއާގެ މީހުންގެ އަދަދަކީ، ތިނެކެވެ. އަދި ބަންގްލަދޭޝް މީހުންގެ އަދަދު މިހާރު ވަނީ، 45 އަށް އަރާފައެވެ. މި މީހުންނަށް ވައިރަސް ވާސިލްވީ ކޮން ކްލަސްޓާއަކުން ކަމެއް އެޗްޕީއޭ އިން އަދި ހާމައެެއް ނުކުރެއެވެ. ރޭ ފަތިހު އެޗްޕީއޭ އިން ވަނީ ދެ ދިވެހިން ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަން ހާމަކޮށްފަށްއެވެ. އެހެން ކަމުން މިއަދު މިހާނަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ، އަށް މީހުންނެވެ.
މިއަދުވެސް މާލެއިން ކޮވިޑްގެ އިތުރު ހަ ކޭހެއް ފެނިއްޖެ
ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން އުފައްދާފައިވާ ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ރެޕިޑް ރެސްޕޮންސް ޓީމަށް ބަގީތަކެއް ހަދިޔާކޮށްފި އެވެ. ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެ ޓީމަށް ހަ އިލެކްޓްރިކް ބަގީ ހަދިޔާކުރި ކަމަށެެވެ. ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ އެ ބަގީތަކަކީ އެެންއޯސީއިން އެދުމުން ހަދިޔާ ކުރިތަކެއްޗެއް ކަމަށެވެ. "ސާމްޕަލް ނަގަން ދާން ކުޑަ ވެހިކަލްއެއް ބޭނުންނެވެގެން އެ ބޭފުޅުން ރިކުއެސްޓް ކުރީ. އެތަކެތި ދިނީ ވަގުތީ ގޮތުން،" އޮފިޝަލް ވިދާޅުވި އެވެ. އޮފިޝަލް ވިދާޅުވީ އެ ތަކެއްޗަކީ ސައި ލެގޫން މޯލްޑިވްސްއާއި ކްރޮސް ރޯޑުން ހިންގާ ހާޑް ރޮކްއިން ދީފައިވާ ތަކެތި ކަަމަށެވެ. "ކްރޯސް ރޯޑްގެ މެނޭޖްމަންޓާއި ސައި ލެގޫންއަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން،" މިނިސްޓްރީގެ ޓުވީޓުގައިވެ އެވެ. ސަރުކާރުން މިހާރު ވެސް ދަނީ ޓެސްޓްކުރަން އިތުރު މެޝިންތައް ގެނައުމަށް ތައްޔާރުވަމުންނެވެ. ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އަމާޒަކީ ދުވާލަކު ޓެސްޓްކުރެވޭވަރު 600 އަށް އިތުރުކުރުން ކަމަށެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިފައިވާ 995 މީހުން ވަނީ ފެނިފަ އެވެ. އަދި އެ ބަލި ޖެހުނު ތިން މީހަކު ވަނީ މަރުވެފައެވެ.
ޓުއަރިޒަމް މިނިސްޓްރީން ބަގީތަކެއް އިމެޖެންސީ ރެސްޕޮންޑިން ޓީމަށް ހަދިޔާކޮށްފި
ވޮޝިންޓަން (މެއި 20): ކޮރޯނާވައިރަހުގެ އެންމެ ގިނަ ކޭސްތައް އެމެރިކާއިން ފެނުމަކީ އެގައުމަށް ލިބޭ ޝަރަފެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. އެމެރިކާގައި ބަލިމަޑުކަން ފެތުރުނު ފަހުން ބޭއްވި ފުރަތަމަ ކެބިނެޓު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި އެގައުމުން ވައިރަހުގެ އެންމެ ގިނަ ކޭސްތައް ފެނުމުން ދޭހަވަނީ މުޅި ދުނިޔެއިންވެސް ވައިރަހަށް އެންމެ ގިނައިން ޓެސްޓު ކުރަނީ އެމެރިކާއިން ކަމެވެ. "މިގައުމުން އެންމެ ގިނަ ކޭސްތައް ފެންނަނީ އެހެން އެންމެންނަށް ވުރެ ގިނައިން އަޅުގަނޑުމެން ޓެސްޓު ކުރާތީ. ވީމާ ކޭސްތައް ގިނަ ވުމުން އެއީ ގޯސް ކަމެއް ކަަމަށް ނުދެކެން. އަޅުގަނޑު ދެކެެނީ އެއީ ޓެސްޓު ކުރުން ރަނގަޅުވުން ކަމަށް. އަޅުގަނޑަށް ފެންނަ ގޮތުގައި މިއީ ޝަރަފުގެ ބެޖެއް،" ޓްރަމްޕް ވިދާޅުވި އެވެ. އެމެރިކާއިން ކޮރޯނާވައިރަހަށް ޓެސްޓު ކުރި އަދަދު އެހެން ގައުމުތަކާ އަޅާ ބަލާއިރު އިތުރެވެެ. ނަމަވެސް އާބާދީގެ ނިސްބަތުން ބަލާއިރު ޓެސްޓުތައް އެންމެ ގިނައީ އެމެރިކާގައެއް ނޫނެވެ. އެގޮތުން އޮކްސްފޯޑް ޔުނިވާސިޓީގެ "އަވާ ވޯލްޑް އިން ޑޭޓާ"އިން ދައްކާ ގޮތުގައި އާބާދީގެ ނިސްބަތުން ޓެސްޓު ކުރާ މިންވަރަށް ބަލާއިރު އެމެރިކާ އުޅެނީ ލިސްޓުގެ 16 ވަނައިގަ އެވެ. މުޅި އާބާދީގެ ކޮންމެ 1،000 މީހަކަށް ޓެސްޓުތައް ހަދާ މިންވަރު ބަލާއިރު އެންމެ ކުރީގައި އުޅެނީ އައިސްލޭންޑެވެ. އެގައުމުގެ ނޫސްތަކުގައިވާ ގޮތުން އައިސްލޭންޑުގެ އާބާދީގެ 15 ޕަސެންޓު މިހާރު ވަނީ ޓެސްޓުކޮށްފަ އެވެ. އޮކްސްފޯޑް ޔުނިވާސިޓީގެ ޑޭޓާއިން ދައްކާ ގޮތުގައި އެއީ ކޮންމެ 1،000 މީހަކަށް 167.46 ޓެސްޓެވެ. އެއާ އަޅާ ބަލާއިރު އެމެރިކާގައި ކޮންމެ 1،000 މީހަކަށް ހަދާފައި ވަނީ 35.75 ޓެސްޓެވެ. އެމެރިކާގެ ކޮވިޑް ޓްރެކިން ޕްރޮޖެކްޓުން ބުނާ ގޮތުގައި ފާއިތުވި ހަފްތާ ތެރޭ އެގައުމުން ދަނީ ކޮންމެ ދުވަހަކު 300،000 އާއި 400،000އާ ދެމެދުގެ މިންވަރަކަށް ޓެސްޓު ކުރަމުންނެވެ. އަދި މިހާތަނަށް ޖުމްލަ 12 މިލިއަން ޓެސްޓު ވަނީ ހަދާފަ އެވެ. އެމެރިކާގައި މިހާތަނަށް 1.5 މިލިއަން މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 323,413 މީހަކު ވަނީ މަރުވެފަ އެވެ.
ވައިރަހުގެ އެންމެ ގިނަ ކޭސްތައް އެމެރިކާއިން ފެނުމަކީ ލިބުނު ޝަރަފެއް: ޓްރަމްޕް
ރާއްޖެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ކޮރޯނާވައިރަހުގެ ބަލިމަޑުކަމާއެކު، މިދަނޑިވަޅުގައި ގޭގައި ތިބެން ޖެހުނުނަމަވެސް މިފަދަ މާތް މައްސަރެއްގައި އަޅުކަން ކުރުން ދޫކޮށްނުލުމަށް މިއަދުގެ ހުކުރު ހުތުބާގައި އިލްތިމާސްކޮށްފިއެވެ. މުޅި ރާއްޖޭގައި ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައިވާ މި ހާލަތުގައި އައި ރޯދަމަހުގެ ފުރަތަމަ ދުވަހުގެ ހުކުރު ހުތުބާ އިސްލާމީ މަރުކަޒުން އިއްވެވީ، ޓީވީތަކާއި އޮންލައިން ވަސީލަތްތައް މެދުވެރިކޮށެވެ. މިއަދުގެ ހުތުބާ ބިނާކޮށްފައިވަނީ، ރޯދަމަހާއި އަޅުކަމުގެ މައްޗަށެވެ. ހުތުބާގައި ބުނީ، މިފަހަރުގެ ރޯދަމަސް ކުރިމަތިލާން ޖެހިފައި މިވަނީ، މުޅި ދުނިޔެއަށްވެސް ދަތި ހިތާމަވެރި ދުވަސްވަރެއްގައި ކަމަށެވެ. ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހިފައިވާ ފިޔަވަޅުތަކުގެ ސަބަބުން މި މައްސަރުގައި އިޖުތިމާއީ ގޮތުންނާއި ދީނީ ގޮތުން މުސްލިމުން އެއްތަންވެ ކުރާ އެތައްކަމެއް ހުއްޓިފައިވާކަން ހުތުބާގައި ފާހަގަ ކުރެއްވިއެވެ. "ގާތްތިމާގެކަން ބަދަހި ކުރުމަށްޓަކައި ގޭގެއަށް ޒިޔާރަތް ކުރުމާއި، ސަވާބާއި ދަރުމަ ހޯދުމަށް އެއްބަޔަކު އަނެއް ބަޔަކަށް ރޯދަ ވީއްލުމަށް ދައުވަތު ދިނުމާއި، ފަރުޟު ފަސް ނަމާދާއި ތަރާވީސް ނަމާދަށް މިސްކިތްތައް ފުރި ބާރުވެގެން ދިޔުން ފަދަ އެތައް ކަމަކުން މިވަނީ މަހުރޫމްވެފައި،" ހުތުބާގައި ބުންޏެވެ. ހުކުރު ނަމާދު އިސްލާމީ މަރުކަޒުން --- ނަމަވެސް އަދިވެސް ރަމަޟާން މަހުގެ ރޭތައް އިހްޔާކޮށް، މި މައްސަރުގެ ފައިދާ ހެޔޮގޮތުގައި ލިބިގަނެވޭނެ ކަމުގެ އުންމީދު ހުކުރު ހުތުބާ އިން ދެއްވިއެވެ. "ގޭގައި ފުރަބަންދުގައި ތިބެ، ބަރާބަރަށް ފަސް ނަމާދު ގާއިމްކޮށް، ސުންނަތް ނަމާދުތަކަށް ރައްކާތެރިވެ، ގުރުއާން ކިޔަވާ، ޒިކުރުކޮށް، ފައިދާ ހުރި ކަންކަމުގައި ވަގުތުތައް ހޭދަކޮށްފިނަމަ، މި މައްސަރުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ހާސިލްވެގެން ދިޔުމަކީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން،" ހުކުރު ހުތުބާގައި ބުންޏެވެ. ހުތުބާގައި ވަނީ، ކުރިމަތިވެފައި މި ނުރައްކާތެރި ވަބާއިން ކެތްވެރިވެ، މުޅި އުންމަތް ސަލާމާތް ކުރުމަށް އެދި ދުއާ ކުރުމަށް އިލްތިސާކުރައްވާފައެވެ. އަދި ކަމާ ބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތައްކަށް ތަބާވެ، ނުރައްކާތެރިވަރަހުން ރައްކާތެރިވެ ތިބުމަށް ހުތުބާގައި ނަސޭހަތްތެރިވިއެވެ. "މި މައްސަރުުގައި ހެޔޮއަމަލުކުރުން ގަދައަޅާ މަސައްކަތްކޮށް، ކުރިމަތިވެފައިވާ މި ތަދުމަޑުކަމުގެ މައްޗަށް ކެތްތެރިވެ، އިގްތިސާދު ކުުރުމަށް ނަސޭހަތްތެރިވަން. އަދި މި ނުރައްކާތެރި ވަބާއިން ރާއްޖެއާއި މުޅި އިންސާނިއްޔަތު ސަލާމަތްކުރުމަށް އެދި ﷲ ހަޟްރަތުގައި އިބްތިހާލްވެ، ދުއާ ކުރުމަށް ގޮވާލަން،" ހުތުބާގައި ބުންނެވެ. ހުކުރު ހުތުބާގައި ވަނީ މި މައްސަރުގެ ހާއްސަކަމާއި މާތްކަމުގެ މައްޗަށް ވެސް އަލިއަޅުވާލާފައެވެ. އެގޮތުން މި މައްސަރަކީ ކީރިތި ގުރުއާން ބާއްވާލެއްވި މައްސަރު ކަމަށާއި މި މައްސަރުގައި ކީރިތި ގުރުއާން ކިޔެވުމާއި ހެޔޮ އަމަލުތައް ގިނަކުރުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ހުކުރު ހުތުބާގައި ބުންނެވެ. "ރަމަޟާން މަހަކީ، ހެޔޮކަމާއި ބަރަަކާތުގެ ދުވަސްތަކެއް. ތައުބާވުމާއި ތަގުވާގެ ދުވަސްތަކެއް. ނިކަމެތިންނަށް ހެޔޮކޮށް ހިތާ، އިހްސާންތެރިވުމުގެ ފޯވައްސެއް،" ހުތުބާގައި ބުންޏެވެ. "ހައި ހޫނުކަމުގެ މައްޗަށް ކެތްތެރިވެ، ނަފްސު ތަހުޒީޒުކޮށްދޭ މައްސަރު. ޢާފިލުކަމުގެ ނިދިން ނަފްސު ހޭލައްވާލަދޭ މައްސަރު،" ފުރަ ބަންދުގެ މި ދުވަސްވަރުގައި ހުކުރު ނަމާދު، އަދި މި ރަމަޟާން މަހުގައި ރާއްޖޭގައި ތަރާވީސް ނަމާދު ޖަމާއަތުގައި ކުރާނީ ހަމައެކަނި އިސްލާމީ މަރުކަޒުގެ މަސްޖިދުލް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމުގައި އެކަންޏެވެ. އެތަނުގައި ނަމާދުގެ ޖަމާއަތުގައި ބައިވެރިވާނީ އިސްލާމީ މަރުކަޒުގައި ފުރަބަންދުވެފައި ތިބި އެ މިސްކިތުގެ އިމާމުންނާއި މުވައްޒަފުންނެވެ.
ގޭގައި ތިބެން ޖެހުނަސް އަޅުކަން ކުރުން ދޫކޮށްނުލައްވާ: ހުކުރު ހުތުބާ
ކުންފުނީގެ ހަރަދުތައް ކުޑަކޮށް، ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީން 62 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދައިފި އެވެ. އެމްޓީސީސީން ނެރުނު އެކުންފުނީގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި ފުރަތަމަ ކުއާޓަރުގައި އެކުންފުންޏަށް ވިޔަފާރިކޮށްގެން 353.5 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު 21.8 މިލިއަން ރުފިޔާ މަދު އަދަދެކެވެ. ކުންފުނީގެ ހިންގުމަށް މިއަހަރު ބަދަކުތަކެއް ގެނެސް، ކުންފުނީގެ ހިންގުމުގެ ހަރަދުތައް ދަށްވުމާއެކު ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 30.7 މިލިއަން ރުފިޔާ ލިބުމަށްފަހު މި ކުއާޓަރުގައި 62 މިލިއަން ރުފިޔާއަށް ވަނީ އިތުރުވެފަ އެވެ. ޓެކްސްއަށް ކެނޑުމަށޤފަހު ސާފު ފައިދާގެ ގޮތުގައި އެކުންފުންޏަށް ލިބިފައިވަނީ 52.9 މިލިއަން ރުފިޔާއެވެ. ހަރަދުތަކަށް ބަލާއިރު، މާކެޓިންގެ ހަރަދުތައް ދެ މިލިއަން ރުފިޔާއަށް ވަނީ ކުޑަކޮށްފަ އެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި މާކެޓިންއަށް 21 މިލިއަން ރުފިޔާ އެމްޓީސީސީން ހަރަދުކޮށްފައިވެ އެވެ. އިދާރީ ހަރަދުތަކުގެ ބައިން 15 ،މިލިއަން ރުފިޔާ ދަށްކޮށް، އިދާރީ ހަރަދުތައް 30.8 މިލިއަން ރުފިޔާއަށް ވަނީ ކުޑަކޮށްފަ އެވެ. މި ނަތީޖާތަކާއެކު އެމްޓީސީސީގެ ހިއްސާއަކަށް ޖެހުނު އާމްދަނީގެ އަދަދު 6.59 ރުފިޔާއަށް ވަނީ އިތުރުވެފަ އެވެ. 2019ގެ ހަތަރުވަނަ ކުއާޓަރުގައި ހިއްސާއެއްގެ އާމްދަނީ ހުރީ 3.83 ގައެވެ. ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީން ކުރި މަސައްކަތްތަކަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި 53 މަޝްރޫއެއްގެ މަސައްކަތް އެކުންފުނިން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އޭގެ ތެރެއިން ހަތަރު މަޝްރޫއެއްގެ މަސައްކަތް ވަނީ ނިންމާފަ އެވެ.
ހަރަދުތައް ކުޑަކޮށް، އެމްޓީސީސީއަށް 62 މިލިއަން ރުފިޔާގެ ފައިދާއެއް
﷽ "ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެެއްޗެއް ކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެއެވެ. " ނޫކުލައިގެ އުޑުމައްޗަށް އަޅިކަޅު ވިލާތައް ޖަމާވެ ގަދަވެގަންނަން ނެގީ މަދު ސިކުންތުކޮޅެކެވެ. ބޯ ވާރޭ އަންނަން އުޅޭކަން އިއުލާންކުރީ އެ ކަޅުވިލާތަކުންނެވެ. ކުއްލިއަކަށް މޫސުމަށް އައި ބަދަލުގެ ސަބަބުން އެހެން އިންސާނުން ހިޔާވަހިކަން ހޯދަން އަވަސްވެގަތްއިރު ކިޔާންއާއި އޭނަގެ އެކުވެރިންގެ މިސްރާބު ހުރީ ފާލަމާއި ދިމާލަށެވެ. މަގުތައް ގުގުމާފައިވަނީ ފުރާވަރުކުދިންގެ ހުނުމުގެ އަޑުންނެެވެ. ހިތްހަމަނުޖެހުމާއި ނުރުހުމުގެ ކަޅިއެޅުންތައް އެހެންމީހުންގެ ފަރާތުން އަމާޒުވިޔަސް އެނގުނުކަމަކަށްވެސް ނަހަދާ މަންޒިލަށް ދާން އަވަސްވެގަތެވެ. އުމުރުން ދުވަސްވެފައިވާ މީހަކު ހިތްވަރުކޮށްލާފައި އެކުދިންނާއި ކައިރިއަށް ހިނގައިގަތެވެ. އޭނައަކީ ކިޔާންގެ އަވަށްޓެރިއެކެވެ. އަވަށުގައި މަޝްހޫރު މީހެެކެވެ. އެންމެން ދަންނަ މޫސަބޭއެވެ. އޭނަގެ ފޯއް އަދި ބިލެތްއަޅާފައި ހުންނަ ކޮތަޅާއެކު ނޫނީ މޫސަބޭ މަގުން ފެނުމަކީ ނާދިރުކަމެކެވެ. "ކުދިންނޭ ޚަބަރު އަޑުނާހަންތަ؟ ކޮރޯނާ ވައިރަސް ތިކުދިން މަރާލަފާނެ. ފަތަން ނުގޮސް ގެއަށް ވަދޭ....." "މޫސަބޭ. ތިބުނަނީ ކޮރޯނާއަކީ ކަނޑު ދާއްބައެކޭތަ؟ " މިހާ މޮޔަ ވާހަކައެއް އެހީ އަލަށްހެން ހީވާފަދަ ގޮތަކަށް ކިޔާން ހެމުން ބޯ ހޫރާލިއެވެ. މޫސަބޭ ވަށައިގެން ނަޒަރު ހިންގައިލަމުން އަތުން އިޝާރާތްކޮށްލީ އެކުދިން އޭނައާއި ގާތަށް އައުމަށެވެ. ވަރަށް ސިއްރުވެރި މައުލޫމާތެއް އޭނަގެ ހުރިކަން ހާމަވާފަދަ ގޮތަކަށެވެ. "ވަރަށް އަވަހަށް ހަޔެއް ޖަހާފާނެ. ވައިރަސް އައުމުގެ ކުރިން ކޮއިފުޅުމެން ގެއަށް ވަދޭ..........." ވައިރަސްއަށް އޭނަގެ އަޑުއިވިދާނެތީ ގަތް ބިރާއެކު ނިކަން ސިއްރުން މޫސަބޭ ބުނެލިގޮތަކުން އެކުދިން ނޭވާނުލެވޭވަރު ވާންދެން ހުނެވެ. މޫސަބޭ އޭނަގެ ކޮތަޅު މޭގައި ޖައްސާ ބާރުކޮށްލީ ބާރު ވައިރޯޅިތަކުން ކޮތަޅު ހިމާޔަތްކުރުމަށެވެ. އެފިރިހެންކުދިންކޮޅު ފާލަމުގެ ކައިރިފަށުގައި ތިބެ ހެދުންތައް ގަޔާވަކިކޮށްލަމުން ހަމައެކަނި ބޮކްސާކޮޅަށް ހެދިއެވެ. އޭރު ވައި ބާރުކަމުން ހީކަރުވައިގެން ރޫރޫއަޅަންފެށިއެވެ. "މޭން އިޓް ފީލްސް ނައިސް..." ކިޔާން ގެ އެންމެ ގާތް އެކުވެރިޔާ ޖައިޝް އަތް ބޮލާއި ދިމާލަށް މައްޗަށް ދަމާލިއެވެ. ޝާވިންއާއި ލައިސް އެމީހުންގެ ތެރޭ ހުރި އެންމެ ޅަ ކުއްޖާ ރާހިލް ތިރީގައި އޮތް މޫދަށް ކޮށްޕާލަން އުޅުނީ ސަމާސާކުރުމުގެ ގޮތުންނެވެ. "ޔޫ ބާސްޓަޑްސް..ލީވް ހިމް އެލޯން.." ކިޔާން ޝާވިންގެ ކޮނޑުގައި ބޮނޑިއެއް އެޅިއެވެ. އެކުދިންނަށްވުރެ ރާހިލް ދެ އަހަރު ހަގެވެ. އޭނަގެ އުމުރަކީ އެންމެ ސާދަ އަހަރެވެ. ކިޔާން މެން ގެއާއި ޖެހިގެން ހުރި ގެއަށް ރާހިލްގެ އާއިލާ ބަދަލުވީއްސުރެން އެކުއްޖާއާއި ރުހެވުނެވެ. ރާހިލް ފުދޭވަރަކަށް "ކޫލް"ކަމުން އޭނަގެ ގްރޫޕާއި ގުޅެން ފުރުސަތު ލިބުނީއެވެ. ކަނޑުން އަންނަ ރާޅުތައް އެދިމާލުގައި ހުރި ގާތައް މައްޗަށް ބިންދަމުންދިޔައީ ރުޅިވެރި ހަޅޭކާއެކުގައެވެ. "ބިރުންތަ؟ " ކިޔާން އުޅަބޮށިން ރާހިލްގެ ގައިގާ ޖެހިލިއެވެ. ރާހިލް އައިނު ނަގާފައި ހިނިތުންވެލިއިރު އެ އަޅި ދެލޮލުގައި ވިދުމެއް ހުއްޓެވެ. ފުރަތަމަ ނަޒަރުން ރާހިލްއާއި ރުހެވުނު އެއް ސަބަބަކީ އެ ލޮލުގެ ކުލައެވެ. ދެމީހުންގެ ކަޅީގެ ކުލަ އެއްގޮތީއެވެ. އެއީ އެކުވެރިންނަށް ވާން ތަގުދީރުގައި ލިޔުއްވާފައިވާ ދެމީހުންނެވެ. "ބިރުން؟ އަހަރެން؟ " ރާހިލް މޫދަށް ފުންމާލުމުގެ ކުރިން އެންމެ ފަހުން ބުނެލި ލަފުޒުތަކަކީ އެއީއެވެ. ފިރިހެންކުދިންކޮޅު މަޖާވެލާފައި ތުނބުން ފުމެ ހަޅޭއްލެވީ ކުއްލިއަކަށް ރާހިލް ހޯދައިގަތް ޖެހިލުންކުޑަކަމާއި ބިރުކުޑަކަމަކުންނެވެ. ރާހިލްއަކީ ކުރިން މޫދުދެކެ އަބަދުވެސް ބިރުން އުޅުނު ކުއްޖެކެވެ. މުޅި ހާލަތު އެކޮޅުކޮޅުން ޖަހައިލަން ނެގީ އެންމެ ސިކުންތުކޮޅެކެވެ. ވާރޭ އޮއްސައިގަތީ ކުއްލިއަކަށް ތަންދޮރު ވަކިނުވާވަރަށެވެ. އެކުދިން ލޯ ހުޅުވައިގެން ތިބެން ގަދައެޅިއެވެ. ވާރޭގެ ހަމަލާތައް އަމާޒުވަމުން ދިޔައީ ސީދާ ލޮލަށެވެ. "އޭ ކޮބާތަ ރާހިލް؟ " ޖައިޝް އޭނަގެ ލޯ ހިމާޔަތް ކުރަން މަސައްކަތްކުރަމުން މޫދުގެ ސަތަހަ ލޮލުން ސްކޭން ކޮށްލަމުން ބާރަށް ބުނެލިއެވެ. "އަހަންނަކަށް ރާހިލް ތިރިއަކުން ނުފެނޭ. އޭނަ މައްޗަށް އެރިތަ؟ "ކިޔާން ޖަވާބުދޭން ޖެހުނީ ހަޅޭއްލަވާފަދަ ގޮތަކަށެވެ. އެއާއެކު މޫދުން ހަރަކާތެއް ފެނުމާއެކު ފުންމާލަން އޭނަ ކުޑަހިނދުކޮޅަކުވެސް މަޑުކޮށެއްނުލިއެވެ. ހާލަތުގެ ސީރިޔަސްކަން އިހުސާސްކުރެވުމުން އަނެއް ތިންކުދިންވެސް މޫދަށް ފުންމާލައިފިއެވެ. އެހުރިހާ ކުދިންނަކީވެސް މޮޅު ފެތުންތެރިންނެވެ. އެކަމަކު އޮއިވަރު ނިކަން ބާރެވެ. އެކުދިންނަށް ރާހިލް އަތުޖެހުނީ ހަމަ ކިރިޔާއެވެ. ރުޅިވެރި ރާޅުތައް އެކުދިން ތިރިއަށް ކޮށްޕާލަން މަސައްކަތްކުރިއެވެ. ހަށިގަނޑުގައި ހުރި އެންމެ ފަހުގެ ހަކަތަ ކޮޅު ހުސްވުމުގެ ކުރިން ރާހިލް ދަމަމުންގޮސް ގޮނޑުދޮށާއި ހަމައަށް ދެވުނެވެ. ހަމަ އެވަގުތު އެމްބިއުލެންސާއެކު ފުލުހުންގެ ޖިޕެއް ފެނުމުން އެކުދިންނަށް ކުޑަ ހިތްހަމަޖެހުމެއް ލިބުނެވެ. ހުދުހެދުމުގައި ހުރި ނަރުސް އަންހެންކުއްޖަކު ހޭނެތިފައި އޮތް ރާހިލް ސްޓްރެޗާއަކަށް ލުމާއެކު އެހީވާން އުޅެގަތެވެ. ކިޔާން އާއި އެކުވެރި ކުދިންނާއި ސުވާލުކޮށް އެކުދިންނަށް ފުލުހުން ނަސޭހަތްތެރިވިއެވެ. އެމީހުން ބުނިގޮތުން އެމީހުންނަށް ގުޅާފައި އެމްބިއުލެންސްއެއް ބްރިޖް ކައިރިއަށް ފޮނުވަން އެދުނީ މޫސަބެއެވެ. އެކުދިން ބުނީ ފުރަބަންދުގައި އޮތަސް ފަތަން ދިޔުން މަނާކަން އެކުދިންނަށް ނޭގޭކަމުގައެވެ. އިންޒާރުދީފައި ފުލުހުން ދިޔައީއެވެ. --------- ކިޔާން ގެއަށް ވަންނަން ދިޔައިރު އޭނަގެ މަންމަ ހަލީމާ ހުރީ ދޮރުމަތީގައި އިންތިޒާރުގައެވެ. "ކިޔާން ކަންފަތް ބީރީތަ؟ ކިތައްފަހަރު ބުނާނީ ގެއިން ބޭރަށް ނުދާށޭ؟ " މަންމަ އަޑު މަޑުކުރަން އުޅުނަސް ބުނެވުނީ ބާރަށެވެ. "ސީރިއަސްލީ މަމް. މިވަގުތު މޫޑެއް ނެތް..." ކިޔާން ގޮސް ކޮޓަރިން އެތެރެއަށް ވަދެ ނިވާވުމުގެ ކުރިން ބުނެލިއެވެ. ހަލީމާ މޮޅިވެރިކަމާއެކު ދަރިފުޅާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން ހުރީއެވެ. އޭނަގެ ލޯބިވާ ދަރިފުޅަށް މިވީ ކިހިނެއްހެއްޔެވެ؟ "އާދަމް. އަހަންނަކަށް ނޭގޭ އަހަރެމެންގެ ކިޔާން ގެންގުޅޭނެ ގޮތެއް. " ކިޔާން ވިހޭފަހުން ނިޔާވި ފިރިމީހާގެ ތަސްވީރެއްގައި އިނގިލިތަކުން ފިރުމައިލަމުން ހަލީމާއަށް ބުނެވުނެވެ. ދެދަރިން ކަމަށްވާ ޖިލްއާއި ކިޔާން ބަލާބޮޑުކުރީ އޭނަ އެކަންޏެވެ. އަމިއްލަ މަސައްކަތުންނެވެ. އެއްބަނޑު އެއްބަފާ ދެކުދިންކަމުގައި ވިޔަސް އެކުދިންގެ މިޒާޖު އުޑާ ބިމާހާ ތަފާތެވެ. ޖިލްއަކީ މަޑުމައިތިރި ބަސްއަހާ ކިޔަމަންތެރި އަޚުލާގު ރަގަޅުކުއްޖެކެވެ. ކިޔާން އޭގެ ދިމާ އިދިކޮޅެވެ. ކިޔާން ކަޑައްތުކުރަނީ އެންމެ ނުސިޔާނު ފުރާވަރު ދުވަސްވަރުގައެވެ. ތިންއަހަރު ދޮށީ ޖިލްކަމުގައި ވިޔަސް ކިޔާން އަބަދުވެސް ޖިލްއަށްވުރެ ދޮށިމީހާ ކަމުގައި ހެދިގެން އުޅޭތީ ޖިލް ރުޅިވެސް އާދެއެވެ. އޭނަ ރުޅި އަރުވައިލުމަކީ ކިޔާން ފޫހިފިލުވައިލަން ކުރާ މަސައްކަތެވެ. ކިޔާން ތިރިއަށް އައިއިރު މަންމަ ކައުޗްގައި ނިދާފައި އޮތްތަން ފެނިފައި އޭނަގެ ހިތަށް ހަމަޖެހުމެއްލިބުނެވެ. ހަމަޖެހުމުގެ ނޭވާއެއްވެސް ބޭރުކޮށްލެވުނެވެ. މިވީގޮތުން މަންމަގެ ދަރުސް އަޑުއަހާކަށް ނުޖެހޭނެއެވެ. އޭނަ ކާކޮޓަރިއަށްވަން އިރު ކޮށާފައި ހުރި މޭވާ ބޯތަށްޓެއް މޭޒުމަތީގައި ހުއްޓެވެ. އޭނަ ސުވާލުގެ ނަޒަރަކުން ޖިލްއަށް ބަލައިލަމުން ބުމަ އެރުވިއެވެ. "ޔެސް. މަންމަ މޭވާ ކޮށީ. ޔޫ ލޭޒީ ބޯންސް.." މޭޒުމަތީ ރޭގަނޑަށް ކާން ހަދާފައިވެސް ހުއްޓެވެ. ރޮށްޓާއި މަސްރިހައެވެ. ކޮންމެ ގަޑިއެއްގައި އެކުދިންނަށް ކެވޭނެ އިންތިޒާމުކުރުމަށް ހަލީމާ އަބަދުވެސް އިސްކަން ދެއެވެ. އޭނައަކީ ހީވާގިކޮށް މަސައްކަތްކުރާ އަންހެނެކެވެ. ހެދުން ފަހައެވެ. ޖިލްގެ އެހީއާއެކު ކޭކު އަޅާފައި ވިއްކައިގެންވެސް އާމްދަނީ ހޯދައެވެ. "ކިޔާން. ދެން ބޭރަށް ނުދާތި. މެންދުރު ކިޔާން ބޭރަށް ދިޔަފަހުން މަންމަ ކަންބޮޑުވިވަރާއި ހާސްވިވަރެއް ނޭގޭތަ؟ "ޖިލް އެހާ މަޑުން ވާހަކަދެއްކީ މަންމައަށް ހޭލެވިދާނެތީއެވެ. ކިޔާންގެ މޫނަށް އަރާ ފައިބަމުންދާ ކުލަތައް ދެކެން އިން ޖިލް އޮރެންޖްޖޫސް އެތިފޮދުން ބޮމުން ދިޔައެވެ. " މި ވައިރަސްއަކީ ޖޯކެއްނޫން. އެހާ ފަސޭހައިން ފެތުރޭ. ޑެތް ޓޯލް އެނގޭތަ؟ އެއްލައްކަ ނުވަދިހަހާސް މަރު މިހާރުވެސް.." "އެކަމުގެ އަސަރު ކުރާނީ އިފް ޔޫ އާ ލައިކް އުމުރުން ދުވަސްވީމަ ނޫނީ ބަލި މީހަކަށް ވެއްޖެއްޔާ..." ކިޔާންގެ ފަރުވާކުޑަ ޖަވާބުން ޖިލް ދެލޯ ބޮޑުވިއެވެ. "ހާދަ ރަހުމެއްނެތޭ. އަހަރެމެން މިދައްކަނީ އިންސާނުންގެ ވާހަކަ. ކިޔާން ރިކްސްކުޑަވީމަ އޭގެ މާނައަކީ ނިކުމެ އުޅެ އެހެންމީހުންގެ ގަޔަށް ބަލި ފަތުރާ އެހެންމީހުންގެ ފުރާނަތައް ނުރައްކަލަށް ހުށަހެޅުންތަ؟" ޖިލް ދަތްތަކަށް ބާރުލާފައި ކިއެވެ. އެވަގުތު ސޯފާގައި އޮތް މަންމަގެ ފޯނު ރިންގުވާން ފެށުމުން މަންމަ ހޭލެވި ފޯނަށް ޖަވާބު ދިނެވެ. "ރާހިލްއޭތަ؟ ސުބުހާނަﷲ. ކިހިނެއްވީ؟ ކޮންއިރަކު ހިނގިކަމެއްތަ؟ " މަންމަ އެހިއެވެ. "ރާހިލް އޮތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި. އޭނަ ނުގެނބުނީ ކިރިޔާ. އެއީ ނޭވާ ހިއްލާ ކުއްޖަކަށްވާތީ އިތުރަށް ގޯސް ހާލަތަކަށް ދިޔައީ. ކިޔާން އޭނައާއެކު ދިޔައިންތަ؟ ރައިހާނާ އޭނަގެ ދަރިފުޅާމެދު ވަރަށް ހާސްވެފައި ހުރީ." "މަންމާ. އަޅުގަނޑު ހުވާކުރަން. ރާހިލް ގާތު އަންނާށޭ ނުބުނަން. އޭނަ އަމިއްލައަށް އައީ އަދި މޫދަށް ފުންމާލާށޭވެސް ނުބުނަން. ރަހިލް ފުންމާލީ އަމިއްލައަށް ފެނިގެން....." ކިޔާން އޭނަ އަދި އެކުވެރިންގެ ދިފާއުގައި ވާހަކަދެއްކިއެވެ. އެހެންނޫނަސް ކިޔާންގެ ވާހަކައިގާ ދޮގެއްނެތެވެ. "އެއްވެސް މީހަކަށް އޭނައަށް ޒިޔާރަތްކުރުމުގެ ހުއްދައެއްނެތް. ފުރަބަންދުކޮށްފައި އޮތީމަ."ހަލީމާގެ މޫނުމަތިން ފެނުނީ މޮޅިވެރިކަމެވެ."އެކުއްޖާފަކީރު ކިހާ އެކަނިވެރިވާނެ" ކިޔާން އޭނަގެ މަންމަގެ އުނގުގައި ބޯ އަޅާލައިގެން އޮށޯވެލިއެވެ." މަންމާ އަޅުގަނޑު ބޮލުގައި ރިއްސަނީ.." ހަލީމާ ދަރިފުޅުގެ ބޯ މަސާޖުކޮށްދޭން ފެށުމުން ކިޔާންއަށް ލޯ މަރައިލެވުނެވެ. މަންމަގެ އަތުގެ ފިރުމުމަކީ އަބަދުވެސް ފަރުވާއެކެވެ. އަތް ޖައްސައިލިޔަސް ރިހުން ފިލައެވެ. "މަންމާ. ހަދާން ނައްތާނުލާތި ހީޒް ސްޓިލް އެ ބްރެޓް.." މަންމަ ކިޔާންއަށް އަޅާލާވަރު ފެނި ޖިލް ތުންއޫކޮށްލާފައި ބުނެލިއެވެ. ކިޔާންއަށް ނިދެމުންދަނިކޮށް ޝާވިންގެ މެސެޖެއްލިބުނެވެ. ރާހިލް ދެކެން ސިއްރުން ހޮސްޕިޓަލަށް ވަންނަން ދާން ގަސްތުކޮށްފައިވާ ކަމަށެވެ. ކިޔާން ޖެހިލުންވިއެވެ. ނަމަވެސް ދެންއެކަމުގެ ފޯރި ހިތަށް އަރުވާލާފައި އަޅި ދެލޮލުގެ ވިދުންގަދަވުމާއެކު ނިދިފިލާ ތެދުވެވިއެޖެއެވެ. މަންމައާއި ޖިލް ނިދި ގޭތެރެ ހިމޭންވުމާއެކު ކިޔާންބޭރަށް ގޮސް ޖައިޝް ޝާވިން އަދި ލައިސްއާއި ބައްދަލުކުރިއެވެ. އެކުދިން އެރޭ މަގުމަތި ބަލަހައްޓާ ސިފައިންނަށް ފިލައިގެން ފޯރިގަދަ މަޖާ ރޭގަނޑެއް ހޭދަކޮށްލިއެވެ. ރޭގަނޑު ދަންވަރު އެ ގަޑީގައި ގަވާއިދާ ޚިލާފަށް ހުޅުވާފައި ހުރި ކުޑަ ކޮފީޝޮޕަކަށް ވަދެ ލަވާޒާއަށް އޯޑަރުދިނެވެ. ނިމިގެން މިސްރާބުޖެހީ ހޮސްޕިޓަލަށެވެ. އޭރުވެސް މަދުބަޔަކު ނަމަވެސް ކާފިއުއަށް ގޮންޖަހާފައި ހޮސްޕިޓަލުން ބޭރުގައި ހޭލަމޭލާ އުޅުނެވެ. ބައެއްމީހުން އަޑުގަދަކުރަނީއެވެ. ބައެއްމީހުން ފުރޮޅުލީ ގޮނޑިތަކުގައެވެ. "ކިހިނެއްމިވަނީ؟ " ކިޔާން އެހުމުން ޖައިޝް ކޮނޑުއަރުވައިލިއެވެ. "ކިހިނެއް މަށަށް އެނގޭނީ ސްޓުޕިޑް" ރާހިލް ބާއްވާފައި އޮތް ވޯޑު ހޯދާނެ ގޮތެއްނޭގި ހޮސްޕިޓަލުގެ ވަށައިގެން އެނބުރެނިކޮށް ފާރަވެރިންގެ އޮފިސަރު އެކުދިން އެތަނުން ފަހާލައިފިއެވެ. ނިދީގެ އަސަރުތައް ބޮޑުވެ ލޮޑުވެފައި ތިބެ ގެއާއި ހަމަޔަށް ވާސިލުވީއިރު ތިބިތަނަށް ދެމޭވަރުވިއެވެ. ނަމަވެސް ޖެހިގެން އައިދުވަހު ރާހިލްއޮތް ތަނެއް ބަލަން ވައުދުވިއެވެ. ކިޔާންއަށް ހޭލެވުނުއިރު އަސުރުވާން ކައިރިވަނީއެވެ. ހެޑްސެޓް ކަންފަތުގައި ޖަހާލައިގެން ޕީސީ ކައިރީގައި ޖައްސައިލީ ޕަބްޖީގޭމް ކުޅުމުގެ ވަގުތު ޖެހިފައިވާތީއެވެ. ހަލީމާ އޭނަގެ ނާސްތާ ހިފައިގެން އައިސް އިސްތަށިގަނޑު ހާވާލިއެވެ."ކިޔާން. ނަމާދުކޮށްފިންތަ؟ " ހަލީމާގެ މަސައްކަތްތަކާއި މަޝްޣޫލުވުމުގެ ކުރިން ކިޔާންއަށް ނަމާދުކުރަން ހަދާންކޮށްލަދިނީއެވެ. "މެޗް ނިމުނީމަ.." ކިޔާން ތުން ތަޅުވައިލިއިރު އެންމެ ފަހަރަކުވެސް ލޯ ސްކްރީނުން ވަކިކޮށެއްނުލައެވެ. ދެގަޑިއިރުވަންދެން އިންތަނުގައި ޖެހި ބުދެއްހެން މެޗަށް ގެއްލިފައި ކިޔާން އިންއިރު ވަގުތު ދިޔަގޮތް ރޭކާލީކަމަކަށް ނުވިއެވެ. ދެވި ހިފާ ކަމަކީއެވެ. "ރިހާން އެބަބުނޭ އަޑު ވަރަށް ރީއްޗޭ...." ކިޔާން އެނބުރި ބަލައިލަމުން ކުޑަކޮށް ހީލިއެވެ. ޖިލް ވަގުތުން ހުއްޓުން އެރިގޮތުން ބިރެއް ފެނުނުފަދައެވެ. ޖިލް ކުރީގެ މަދަހައެއް އަޑުކޮޅަށް ކިޔާތާ އިރުގަނޑެއްވިއިރު ކިޔާން ކުޅެން އިނީ މައިކްރޯފޯން އޮންކޮށްލައިގެން ކަން ޖިލްގެ ސިކުނޑިން ކައްސާލީއެވެ. " ތިކުޅެނީ ރިހާންއާއެކުތަ؟ "ޖިލް ކިރިޔާ އަޑުއިވޭހާ މަޑުމަޑުން ބުނެލިއިރު މޫނުގެ ހަމަށް އެންމެ ގަދަ ރަތްކުލަ ވެރިވެއްޖެއެވެ. ރިހާންއަކީ ރާހިލްގެ ދޮށީ ބޭބެއެވެ. ރިހާން ޖިލްއާއި ރުހޭކަން އެއީ އެކަކަށްވެސް ފޮރުވިފައިވާ ސިއްރެއްނޫނެވެ. ޖިލްއަކީ ލަދުވެތި މަޑުމައިތިރި ކުއްޖަކަށްވާތީ އަދި ދުވަހަކުވެސް ރިހާން އާއި އަނގައިން ބުނަން ކީއްކުރަން ހަތަރުކަޅި ހަމަކޮށްލިކަމެއްވެސް ނޭގެއެވެ. ޖިލްދެކޭގޮތުން އޭނަ ފިރިހެނުންނާއިމެދު ވިސްނާވަރަށްވުރެ އަދި ތަންކޮޅެއް ޅައެވެ. ޖިލް އަވަދިނެތި އުޅެނީ ދީނަށް އުޅުމަށާއި މަންމައާއި އެހީތެރިވުމަށެވެ. އެކަަމަކު ރިހާންގެ ނަންއިވޭއިރަށް އޭނަގެ ހިތުގެ ތެޅުން ހުއްޓޭކަމީ އޭނަވެސް ގަބޫލުކުރާ ހަގީގަތެކެވެ. ރިހާންއަކީވެސް ދީނާއިމެދު ސީރިޔަސްކޮށް ވިސްނާ ހަރުދަނާ ޒުވާނެކެވެ. އެއީ އެންމެ ހުވަފެނީ ޒުވާނާކަމުގައިވިޔަސް ޖިލް އަދި ތައްޔާރެއްނޫނެވެ. "އައި ޑޯން ހޭވް ކޮރޯނާ ޝަޓްއަޕް މޭން. އަހަރެން ކުޑަ ބްރޭކެއް ނަގާލަން މިދަނީ.."ކިޔާން ހިނިގަނޑެއް ޖަހަމުން ގޭމްކުޅެން ތިބި ޒުވާނުންގެ ތެރެއިން އެކަކާއި ދިމާލަށް ބުނި އަޑު އިވުނެވެ. އެކަމަކު ކެއްސައިގަނެފައި ޖުމްލަ މެދު ކެނޑުނެވެ. ޖިލް ބުމަ އަރުވައިލިއެވެ. އޭނަ އައިސް ކިޔާންގެ ނިތްކުރީގައި އަތްލާފައި އަމިއްލަ ނިތުގައި އަތް ޖައްސައިލިއެވެ. އެއާއެކު ކިޔާންގެ މޫނަށް ނަޒަރު ހުއްޓައިލީ ކަންބޮޑުވެފައެވެ. "ކިޔާން ތިހިރީ ހުން އައިސްފަ. ކޮންއިރަކު؟ " ކިޔާން އޭނަގެ ހެޑްސެޓް ނައްޓާލާފައި ގޭމް އޮފް ކޮށްލައިފިއެވެ. "މިއީ ހަމަ އާދައިގެ ހުމެއް..... "ކިޔާން ޖިލްގެ އަތް ދުރަށް ޖައްސާލައިފިއެވެ. ކިޔާން ކެއްސަމުން ސޯފާއަށް ވެއްޓިގަތެވެ. އެވަގުތު ބޮޑުކޮޓަރީގައި ހުރި ޓީވީއިން ޚަބަރު ގެނެސްދޭންފެށިއެވެ. ހޮސްޕިޓަލަށް އެރޭ ދިޔަމީހުންގެ ތެރެއިން ބައެއްމީހުން ކޮވިޑްއަށް ޕޮޒިޓިވްވީ ކަމަށެވެ. ކިޔާން ހިންދިރުވައިލިއެވެ. އޭނައާއި އެކުވެރިން އެހިސާބަށް އެރޭ ދިޔައެވެ. "ހޭ ޖިލް..." "ވަޓް؟" "އައި ތިންކް އައި ނީޑް ޓު ބީ ޓެސްޓެޑް.." --------- ވޭތުވެގެން ދިޔަ ގަޑިތަކުގައި އެތައްކަމެއް އެއްފަހަރާވެގެން ދިޔައެވެ. ކިޔާން ގެންގޮސް ކޮރޯނާއަށް ޓެސްޓްކޮށްފައި ފަހުން ކޮވިޑަށްވެސް ސާމްޕްލްނެގިއެވެ. ވީ ޕޮޒިޓިވްއެވެ. އެމީހުން އޭނައާއި ވަރަށް ސުވާލުކުރިއެވެ. އެކީ އުޅުނު މީހުންނާއި ޒިޔާރަތްކުރި މީހުންނާއި ބެހޭގޮތުންނެވެ. މުޅި ހަަށިގަނޑު ނިވާކޮށްގެން ތިބި ބަޔަކު އައިސް ލޯބިވާ ދަރިފުޅު ވަކިކޮށްގެން ގެންދާ ތަންފެނި ހަލީމާގެ ދެލޯ ކަރުނުން ފުރިއްޖެއެވެ. "މަންމާ.." ކިޔާން ބަލިކަށިގޮތަކަށް މަންމައަށް ގޮވާލިއެވެ. ހަލީމާގެ ހިތް ފަޅައިގެންދާވަރުވިއެވެ. ދަރިފުޅުގެ ލޮލުން ބިރާއިއެކު ކަންބޮޑުވުން ފެނިފައެވެ. އެމީހުންގެ ގެ ކަރަންޓީނުކޮށް ހަލީމާއާއި ޖިލްވެސް ޓެސްޓްކުރިއެވެ. ނަސީބަކުން ދެމީހުންވެސް ނެގަޓިވްވިއެވެ. ކިޔާން ގެންގޮސް ކޮޓަރިއަކަށް ލުމުން އެންމެފަހުން ބިރުވެރިކަން އޭނަގެ ހަށިގަނޑަށް ވެރިވާންފެށިއެވެ. އޭނަ ޕޮޒިޓިވްވީ ކިހިނެއްހެއްޔެވެ؟ބަލިވުމުގެ ކުރިން އިންޒާރެއްފަދަ ކަމެއް އަންނާނެކަމަށް އޭނަ އުއްމީދުކުރީހެއްޔެވެ؟ މިކަންތައްގަނޑާއި ލައިގަތީ ހަމަ ކުއްލިއަކަށެވެ. ނާރުތައް ހަމަޔަކަށް އަޅުވާލަން އޭނަ މަޑުމަޑުން ރާގެއް އަޅުވައިލިއެވެ. ފޯނުގައި ޑޭޓާހުރިކަން ނަސީބެކެވެ. ބަލީގެ އަސަރުތަކާއި ބެހޭގޮތުން އޭނަ ގޫގުލްކޮށްލިއެވެ. ކޮވިޑްއާއި ހަގުރާމަކުރި ކޮންމެ މީހެއްގެ ވާހަކަ އޭނަ ސިއްސުވައިލިއެވެ. އޭނަ ޚަބަރުވެސް ޗެކްކޮށްލައިފިއެވެ. މަރުވަމުންދާ މީހުންނާއި އެކަހެރިކުރާ މީހުންގެ އަދަދުދަނީ އިތުރުވަމުންނެވެ. ހަލީމާއާއި ޖިލް އެތައްފަހަރެއް މަތިން ގުޅިއެވެ. އޭނަގެ ހާލުއެހިއެވެ. "ދަރިފުޅުކިހިނެއް؟ "ހަލީމާ ނޭފަތްދަމައިލިއެވެ. މަންމަރޮނީ ބާވައެވެ. ކިޔާން ވިސްނައިލިއެވެ. "އަޅުގަނޑު މުޅިން ރަގަޅު. ވަރަށް އަވަހަށް ގެއަށް ފޮނުވައިލާނެ. ހުރިހާކަމެއް ރަގަޅުވާނެ.."ކިޔާން މަންމައަށް ޔަގީންކަންދިނީ އޭނަ ގެންފައިވާ ބިރު ފޮރުވަމުންނެވެ. ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ކިޔާންގެ ހާލަތު ދަށްވާންފެށިއެވެ. މުޅި ހަށިގަނޑުގައި ނުރިއްސާ ތަންކޮޅެއްނެތެވެ. މޭކަށިގަނޑާއި ބަނޑަށްދާންދެނެވެ. މީހަކު އޭނަގެ ގައިގާ ތަޅާ އެއްލާލާފައިވާ ފަދައިންނެވެ. ކެއްސުންއިތުރުވިއެވެ. ގިނަފަހަރު ނޭވާވެސް ނުލެވި މޭމަތީގައި ބަރެއް ބާއްވާފައި އޮންނަފަދައެވެ. ހޮޑުލެވެއެވެ. ހުންގަދަކަމުން ކުކުރާލަ ކުކުރާލާ އޮންނައިރު މަންމަމެން މަތިން ހަދާންވެ ލޮލަށް ކަރުނަ އާދެއެވެ. މަންމަގެ ފިރުމުންތަކަށް ބޭނުންވިއެވެ. ކުއްލިއަކަށް އައިޚިޔާލަކުން އޭނަގެ ހިތްވެސް ހުއްޓުނުފަދައެވެ. އޭނަ އަދި މަރުވާން ތައްޔާރެއްނޫނެވެ. އޭނަ ވިސްނީ އޭނަ ދޫކޮށްފައިވާ ނަމާދުތަކާމެދުގައެވެ. ކުރިއަށްވުރެ ބޮޑަށް ނޭވާ ހާސްވެ ގެނބެންއުޅޭފަދަ އިހުސާސްތަކެއް ކުރެވުނެވެ. މިފަދަހާލަތެއްގައި ހުރެ އޭނަ ހެއްދެވި ފަރާތުގެ ހަޟުރަތަށްދާން ކެރޭނެހެއްޔެވެ؟ އާޚިރަތަށްޓަކާ އޭނައަށް ކުރެވުނީ ކޮންކަމެއް ހެއްޔެވެ؟ ލޮލަށް ހޫނު ކަރުނަ އެއްވިއެވެ. އޭނަ މަރުވާން ތައްޔާރެއްނޫނެވެ. ކިޔާން ވަރަށް މަސައްކަތުން ފާޚާނާއާއި ހަމަޔަށް ގޮސް ވުޟޫކުރިއެވެ. މަންމަ ބުނެގެން ނޫންގޮތަކަށް ހަޔާތުގައި ފުރަތަމަ ފަހަރަށް އޭނަ ނަމާދުކުރިއެވެ. އޭނަ ދުޢާކުރިއެވެ. އޭނަގެ ވެރި ފަރާތަށް އެދި ދެންނެވީ އުމުރު ދިގުކުރެއްވުމަށެވެ. އޭރުން އޭނައަށް މާތްﷲގެ ހަޟުރަތަށް ދަތުރުކުރުމުގެ ކުރިން އަޅުވެރި މީހަކަށްވެވޭނެއެވެ. އަށްވަނަ ދުވަހުގައި ކިޔާންއަށް އޭނަގެ މަންމަ އެތަނަށް ގެނެވުނުތަން ފެނި ޝޮކަކަށް ދާގޮތްވިއެވެ. ހަލީމާއަށް ދަރިފުޅު ފެނި ދުވެފައި ކަހަލަ ގޮތަކަށް އައިސް ދަރިފުޅު މޭގައިޖައްސާ ބާރުކޮށްލިއިރު އެލޮލުން ކަރުނަ އޮހެނީއެވެ."މަގޭ ދަރިފުޅާ...ހާދަ ހިއްކޭ. ނުކެވެނީތަ؟ " "މަމް.....ކިހިނެއް.....ކީއްވެ.." ކިޔާންއަށް ރަގަޅަށް ވާހަކަވެސް ނުދެއްކުނެވެ. އޭނަގެ މަންމައަށް ވައިރަސް ފެތުރުނީ އޭނަގެ ފަރާތުންނެވެ. ކުށްވެރިއަކީ އޭނައެވެ. އޭނަ އެގޮތަށް ބޭރަށް ގޮސްގެންނުވާނެއެވެ. ގަވާއިދާއި ޚިލާފަށް ހުޅުވާފައިވާ ތަނަކަށްވަދެ އެހެންމީހުންނާއެކު ކޮފީބޮއިގެން ނުވާނެއެވެ. އޭނަ މަންމަގެ ބަސްގަބޫލުކުރަން ޖެހޭނެއެވެ. އޭނަ ދޮންތައާމެދުވެސް ޚިޔާލުކުރިއެވެ. ދެރަވާނެވަރާ އެކަނިވާނެ ވަރު އިހުސާސްކުރެވި އޭނަ ފުރިހަމަ ސިއްހަތުގައި ލެހެއްޓެވުން އެދި ދުޢާކުރިއެވެ. މަންމަ އެޑްމިޓްކުރީ ކިޔާން އޮތް އެނދާއި ޖެހިގެންނެވެ. ހަލީމާ އޮންނަނީ ހިތުދަސްކޮށްފައިވާ ގުރުއާންގެ ސޫރަތްތައް ކިޔަވާ ދުޢާކުރުމާއި ނަމާދުތަކުގައި އަވަދިނެތިއެވެ. އަމިއްލަ ނަފުސް އިންތިހާއަށް ކުށްވެރިކޮށް ހިތާމަކުރާ ހާލުގައި ކިޔާންއަށް އޭނަގެ މަންމަގެ ހާލަތު ދަށަށް ދާތަން ފެނުނެވެ. އޭނަ މަންމައަށްޓަކާ ދުޢާކުރިއެވެ. އޭނަގެ އުމުރުގައި ބާކީ ހުރި ދުވަސްތައް މަންމައަށް ދެއްވާފައި މަންމަ ބަލިން ސަލާމަތްވުމަށެވެ. އޭނަ ދެން ބަސް އަހާނެކަމުގައެވެ. ނަމަވެސް ކިޔާން ގެއަށް ފޮނުވައިލި ދުވަހަކީ އޭނަގެ މަންމަގެ ހާލު ދަށްވެ އައިސީޔޫއަށް ލާ ވެންޓިލޭޓަރާ ގުޅަން ޖެހުނު ހިތާމަވެރި ދުވަހެވެ. ކިޔާން އަށް މަގުތައް ފެނުނީ ފަޅު ހިމޭންތަނެއްގެ ގޮތުގައެވެ. ދިރޭ ފުރާނައެއްގެ ހިލަމެއްނެތެވެ. އޭނަ ބަލާއުޅުނު ބިރުވެރި ފިލްމެއްގެ މަންޒަރެއް ފެނުނުހެން ހީވިއެވެ. މަގުގެ އެއް ފަރާތުގައި ވަޔާއި ހެލިލަ ހެލިލާ އޮތް ކޮތަޅު ފެނިފައި ކިޔާންގެ ހިތަށް ނުބައި ގޮތެއްވެ ނޭވާވެސް އެތެރެހަށީގައި ތާށިވެއްޖެއެވެ. އެއީ މޫސަބެ ދުވަހަކުވެސް އޭނައާއި ވަކިކޮށްނުލާ ގެންގުޅުނު ޚާއްސަ ކޮތަޅެވެ. އޭނައަށް ހީކުރެވުނީ ރަގަޅަށް ނޫންކަމުގައި ވުމަށް އެދެވުނީ ބަރު ހިތަކާއެކުގައެވެ. ކޮންފަދަ ބޮޑު ހަލާކެއްހެއްޔެވެ؟މުޅި ދުނިޔެ ދެކެންޖެހިފައި މިވަނީ ކަޅު ދުވަސްތަކެކެވެ. ޖިލް އަބަދުހެން އަތުގައި އޮންނަ ފޯނު ޗެކްކޮށްލަނީ މަންމަގެ ހާލާއި ބެހޭގޮތުން އޮޅުން ފިލުވުމަށެވެ. މަންމަ ހޮސްޕިޓަލަށް ގެންދިޔައިރު އެންމެފަހުން އެދުނު ކަންތައް ހިތަށް އެރިޔަސް ޖިލްއަށް ރޮވެއެވެ. މަންމަ ބޭނުންވަނީ ރިހާންއާއި ޖިލްގެ ކައިވެނި ކުރުވުމެވެ. މަންމައަށް އޭނަގެ ފަހު ދުވަސްތައްކަން އިހުސާސްވަނީކަން ނޭގެއެވެ. ދަރިފުޅު އެކަނިމާއެކަނި ފިރިއެއްގެ ހިމާޔަތެއްނެތި ދުނިޔެއާއި ވަކިވެގެންދާން މަންމަ ބޭނުންނުވަނީއެވެ. މަންމަގެ ވާހަކަތަކުން މަންމަ ވިސްނާގޮތް އެނގި ޖިލްގެ ކަރުނަތައް ނުހުއްޓުނީއެވެ. ކިޔާން ގެއަށް ވަނުމުން އިހުސާސްވީ ހުސްކަމެވެ. ހިތުގައި ރިއްސައިގަތެވެ. އޭރު ޖިލްގެ ލޮލުން ކަރުނަ އޮހެނީއެވެ. ކިޔާން ޖިލްއާއި ގާތަށްދާކަށް ބޭނުމެއްނުވިއެވެ. ވައިރަސް އަދިވެސް ހަށިގަނޑުން ނުފިލާ ހުރެދާނެކަމުގެ ބިރު ހީވީއެވެ. އޭނަ ހުއްޓުނީ އެތައް ފޫޓު ދުރުގައެވެ. އޭނަގެ ދޮންތައަކީ ހިތްވަރުގަދަ ކުއްޖަކަށްވިޔަސް މިފަހަރު ބަލިކަށިކޮށްލީއެވެ. "ޖިލް. މަންމައަށް ރަގަޅުވާނެ އިރާދަކުރެއްވިއްޔާ. މަންމަ ވަރަށް އަވަހަށް ގެއަށް އަންނާނެ..." ކިޔާންގެ އަޑު އިވުމުން ޖިލް އިސްއުފުލާލާފައި އޭނައާއި ދިމާލަށް އަންނަން އުޅުމުން ކިޔާން ބޮލުގެ އިޝާރާތުން ހުއްޓުވިއެވެ. "ކިޔާން މިހާރު އޯކޭތަ؟ ވަރަށް ބޮޑަށް ތަދުވިތަ؟ " ޖިލް ލޯ ފޮހެލަމުން ކަންބޮޑުވެފައި ސުވާލުކުރިއެވެ. "ގެއަށް އައި މަގުމަތީގައި ރިހާންއާއި ދިމާވި. ރާހިލްގެ ޚަބަރު އެނގުނު. އިއްޔެ އޭނަ.......އޭނައަށް ކެއާ ކުރަމުންދިޔަ ނަރުސް ކުއްޖާވެސް ކޮވިޑަށް ޕޮޒިޓިވްވީ އަދި ރާހިލް........އޭނަ.." ކިޔާންގެ އަޑު ކުރެހިގެން ދިޔުމާއެކު ވާހަކަދެއްކުން ހުއްޓައިލިއެވެ. ޖިލްގެ ތުންފަތްވެސް ތުރުތުރު އަޅަންފެށިއެވެ. އިތުރަށް ނުބުންޏަސް އޭނައަށް ވީގޮތް އޮޅުން ފިލައިފިއެވެ. ------- ކިޔާން އެންމެ ފުރަތަމަވެސް އޭނަގެ ޕަބްޖީ އެކައުންޓް ފޮހެލީއެވެ. އޭނަގެ ގިނަ ވަގުތުތައް ބޭކާރުކޮށްލާފައިވަނީ އެ ކުޅިވަރުގައެވެ. އެވަގުތުތައް އަނބުރާ އަތުލެވޭކަށް ދެން ނެތެވެ. މިދުނިޔޭގެ ވަގުތީ ދިރިއުޅުން ނިމުމަށްފަހު އޭނަ އެކުޅިވަރުގައި މޮޅުވަމުންދާ ވަރާއި ކުރިއަށްދާވަރު މުހިއްމެއް ނުވާނެއެވެ. ކަށްވަޅުގައި މުހިއްމުވާނީ ކުރެވިފައި ހުރި ހެޔޮ އަމަލެވެ. ފުރަތަމަ ފަހަރަށް އޭނައަށް މަރުގެ ބިރުވެރިކަން އިހުސާސްކުރެވުނީ އެކަނިވެރިކޮށް ހޮސްޕިޓަލުގައި އޮވެއެވެ. އެއީ ލޯ ހުޅުވައިލަދިން ބައްޔެކެވެ. ރާހިލްގެ އުމުރުން އެންމެ ސާދަ އަހަރެވެ. އެކުއްޖާގެ ހަޔާތް ނިކަން ކުރެވެ. މަރު އޭނަ ގެންދިޔައީއެވެ. ޅަ އުމުރަކަސް މަރަކަށް ފަރުވާލެއްނެތެވެ. މަރަކީ އެނގޭނެ އެއްޗެއްނޫނެވެ. އެއްވެސް މީހަކަށް މާދަމާ ދުނިޔޭގައި ހުރެވޭނެކަމުގެ ޔަގީންކަމެއްނެތެވެ. -------- ރައިހާނާ ޖިލްއާއި ބައްދަލުކުރަން އެގެއަށް އައެވެ. އޭނައާއި ހަލީމާގެވެސް ބޭނުމަކީ ދަރިން ކައިވެނީގެ ގޮތުން ގުޅުވުމެވެ. ވީހާވެސް އަވަސްކުރުން ހަލީމާއަށް މުހިއްމެވެ. އެހާ ވަގުތެއްނެތެވެ. ރައިހާނާވެސް ބޭނުމީ އެންމެ ގާތް އެކުވެރިޔާގެ އުއްމީދު ފުރިހަމަކޮށްދިނުމެވެ. ހަލީމާ ހޮސްޕިޓަލުގައި އޮންނަތާ ތިން ހަފްތާ ފާއިތުވިފަހުން ރިހާންއާއި ޖިލްގެ ކައިވެނި ކުރެވުނެވެ. ޖިލް ލައިގެން ހުރީ ހަލީމާގެ ކައިވެނީގެ ހެދުމެވެ. ބިއްލޫރިން ވަކިކޮށްފައިވާ ބައިގާ އެދެކުދިން އަތުގުޅުވާލައިގެން ގޮސް ހުއްޓުނެވެ. ވައިރާއި ހޮޅިތައް ގުޅާފައި އޮތްއިރު ކިރިޔާ މަންމަ ފެންނަކަމެވެ. ހަލީމާ އުދަގުލުން ނަމަވެސް ލޯ ހުޅުވާފައި ބަލައިލިއިރު ފެނުނީ ކައިވެނީގެ ހުދު ހެދުމުގައި ހުރި އެންމެ ރީތި އަންހެންކުއްޖާއެވެ. އޭނަގެ ކައިވެނީގެ ހެދުމުގައެވެ. އޭނަގެ ރީތި ޖިލްވާއެވެ. ރިހާންއާއި ދެކުދިން ހާދަ ގުޅެއެވެ. އެކަކު އަނެކަކަށްޓަކާ ހައްދަވާފައިވާ ފަދައެވެ. ހަލީމާގެ ފިނިވެފައިވާ ހިތަށް ހޫނުކަމެއް ވެރިވިއެވެ. ހުރިހާ ބުރައަކާއި ހިތާމައެއް ފިލާ ބަޔާން ނުކުރެވޭފަދަ ހިތްހަމަޖެހުމެއް ސާލެއްފަދައިން ހަށިގަނޑުގައި ބައްދާލައިފިއެވެ. އަރާމުގައި ދެން ނިދާލެވިދާނެއެވެ. ހަލީމާގެ ނަޒަރު ދެން ދަތުރުކުތީ ޖިލްގެ ގާތުގައި ހުރި ކިޔާންއަށެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވުމާއެކު ހަލީމާ އޭނަގެ އަތްތިލަ މަޑުމަޑުން ނަގާފައި މޭގައި ޖައްސާލައިފިއެވެ. ކިޔާންވެސް ހަމަ އެގޮތަށް ހެދިތަން ފެނުމުން ހަލީމާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. ------ މުޅިދުނިޔެއަށް ކުރިމަތިވި ބަލިމަޑުކަން އެތައް އިންސާނުންގެ ފުރާނަ ނަގައިލާ މުޅި ދުނިޔެ ގުޑުވައިލާ އިގުތިސާދު ހަލާކުކޮށްލިއެވެ. ލޮލަށް ނުފެންނަ ކުޑަ ކުޑަ ވައިރަސްއެއް ދުނިޔެ ކުޑަކަކޫމައްޗަށް ތިރިކޮށްލީވެސް އިމްތިހާނަކަށެވެ. ބަލިމަޑުކަމުގެ ކުރިން އިންސާނުން އުޅުނީ ހުވަފެނީ ދިރިއުޅުމެކެވެ. އުފަލާއި މަޖަލުގައި ގެނބި ހެއްދެވި ފަރާތްވެސް ހަދާން ނުހުންނަ ހާލުގައެވެ. ދެއަހަރުފަހުން ވެކްސިންތައް އީޖާދުވެ ބަލި ހުއްޓުނުއިރު ދުނިޔެއޮތީ މުޅިން ބަދަލުވެފައެވެ. ގިނަ މީހުން އެ ބިރުން ސަލާމަތްވުމުން އެހުރިހާކަމެއް ހަނދާން ނައްތާލާފައި ކުރީގެ މަޖާ ދިރިއުޅުމާއިގެން ކުރިއަށް ދާންފެށިއެވެ. ކޮވިޑުން އިބުރަތް ލިބުނީ ބުއްދިވެރިންނަށެވެ. ވިސްނާ ފިކުރުކުރާމީހުންނަށެވެ. އެ އިންސާނުންގެ ތެރެ ޔަގީނުންވެސް ކިޔާން ހިމެނުނެވެ. ދުނިޔެއަށް އެ ވައިރަސް ދަސްކޮށްދިނީ ހުރިހާކަމެއް ބަދަލުވާން ނަގާނީ ކުޑަ އިރުކޮޅެއްކަމަށެވެ. އެމީހުން ބުރަ މަސައްކަތުން ހޯދާ އާމްދަނީވެސް އެއްފަހަރުން ގޮސް އަތް ހުސްވެދާނެކަމެވެ. އުފާވެރިކަންވެސް ފޭރެވިދާނެކަމެވެ. އެއިން ދައްކުވައިދިނީ މިދުނިޔެއަކީ ވަގުތީ ތަނެއްކަމެވެ. " كُلُّ نَفْسٍ ذَآئِقَةُ الْمَوْتِ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ فَمَن زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ وَما الْحَيَاةُ الدُّنْيَا إِلاَّ مَتَاعُ الْغُرُورِ ކޮންމެ ނަފުސަކީވެސް މަރުގެ ރަހަ ލިބިގަންނާނެ އެއްޗެކެވެ. އަދި ތިޔަބައިމީހުން ކުޅަ އަމަލުތަކަށް ފުރިހަމަ ޖަޒާ ދެއްވާނެކަން ކަށަވަރީ ގިޔާމަތް ދުވަހުންނެވެ. ފަހެ ނަރަކައިން އެއްކިބާ ކުރައްވައި ސުވަރުގެއަށް ވެއްދެވި މީހާދަންނާށެވެ. ފަހެ އެމީހަކު ނަސީބު ލިބިގެންފިކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެެއްޗެއް ކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެއެވެ. " ގުރުއާނުގައި ވަހީކުރައްވާފައިވެއެވެ. ދުވަހަކު ވައިރަސް އެއް ނަޔަސް ދުވަހަކު ބަލިމަޑުކަމެއް ނެތަސް ކޮންމެ ސިކުންތުކޮޅަކު ކޮންމެ ވަގުތަކު ކޮންމެ ދުވަހަކު ކޮންމެ ހާލަތެއްގައި މަރު ބައްދަލުކޮށްފާނެއެވެ. ކިޔާންއަކީ އެ އަގުހުރި ފިލާވަޅުން އިބުރަތް ލިބިގަތް އެކެކެވެ. އޭނަގެ އާއިލާއާއި އެކުވެރިންނާއި ދަންނަ އެތައްބަޔަކު އެ ވައިރަސްގައި ގެއްލިގެން ދިޔައެވެ. އެންމެ ގާތް އެކުވެރިޔާ ރާހިލް އަދި އެންމެ ލޯބިވި އެންމެ ގާތް އޭނަގެ މަންމަވެސް މެއެވެ. އަދި އެ ސަރަހައްދުގެ ދިރުމާއި އުފާކަމުގައިވި މޫސަބޭވެސް މެއެވެ. އެއީ ޅަ އަދި ދުވަސްވީ މީހުންވެސް ލޯބިވި ފަރާތެކެވެ. ކިޔާންއަށް ދަސްވީ މަރަކީ ހަމައެކަނި މުސްކުޅިންނަށް ލައްވާފައިވާ އެއްޗެއް ނޫންކަމެވެ. ކޮންމެ ވަގުތަކު މަރު ބަލާ އަތުވެދާނެއެވެ. އޭނައަށް ދަސްވީ ވަގުތުގެ ބޭނުން ފުރިހަމައަށް ހިފުމަށެވެ. ބޭކާރުކޮށް ދުއްވާލާ ވަގުތުތައް އަލުން ހޯދުމަކީ އެކަށީގެންވާކަމެއް ނޫނެވެ. ހެއްދެވި ޚާލިގުވަންތަ މާތްﷲއަށް ޒިކުރު ނުކޮށް އިރުއަރާ އޮއްސިގެންދާ ކޮންމެ ދުވަހަކީ ބޭކާރު ފައިދާއެއްނެތް ދުވަހެކެވެ. ތިމާ ހެއްދެވި ފަރާތް އަދި ވަގުތު ހެއްދެވި ފަރާތަށް އަޅުކަންނުކޮށް އަމިއްލަ ޒާތީކަންތަކާއި ދުނިޔަވީ އުފަލާއިގެން މަޝްޣޫލުވުމަކީ މޮޔަކަމެކެވެ. ކިޔާންއަށް އަގުހުރި ފިލާވަޅުތަކެއް ލިބިއްޖެއެވެ. މިހާރު އޭނައަކީ ބަދަލުވެފައިވާ ޒުވާން ފިރިހެންކުއްޖެކެވެ. އަޅުކަންކޮށް ދީން ފަތުރަން މަސައްކަތްކުރާ އަޅުވެރި ދީނީ ޒުވާނެކެވެ. އޭނަ ހިންގަމުންދާ ޕޭޖުގެ ސަބަބުން އެތައް މިލިއަން މީހުންނަށް ވަގުތަކީ ކިހާ އަގުހުރި އެއްޗެއްކަން އޭނަ ހާމަކޮށްދީފިއެވެ.ނިމުނީ މިއީ އާއިލާގެ ވަރަށް ލޯބިވާ ޚާއްސަ ކުއްޖަކު ލިޔެފައިވާ އިބުރަތްތެރި ރީތި ވާހަކައެއްގެ ތަރުޖަމާއެކެވެ. މި މާތް މައްސަރުގެ ނަސީބާއި ރަހުމަތް އަޅަމެންނަށް ލައްވާ ކޮވިޑް 19ގެ ނުރައްކަލުން ސަލާމަތްކޮށް ދެއްވާށި. ވާހަކަ ކިޔާކުދިންނާ މުސްލިމުންނަށް ރަމަޟާން މުބާރަކް
ކިޔާން
އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ސީރީޒް "ރިވަޑޭލް"ގެ ފަސްވަނަ ސީޒަނެއް އަންނާނެ ކަމަށް ޚަބަރުތައް ބުނެފިއެވެ. ޖުމްލަ ހަތަރު ސީޒަނެއް މިހާރު ގެނެސްދީފައިވާ ރިވަޑޭލްގެ ފަސް ވަނަ ސީޒަން ފަށާނީ ޕްރޮމް ނައިޓަކުން ކަމަށާއި އެ ސީޒަނުގައި ގްރެޖުއޭޝަން އެޕިސޯޑެއްވެސް ހިމެނޭކަމަށް ޚަބަރުތައް ބުނެއެވެ. އަދި ޓޯނީ ޓޮޕާޒްގެ ބެކް ސްޓޯރީވެސް މި ސީޒަނުން ފެނިގެންދާނެއެވެ. ރިވަޑޭލްގެ މުހިއްމު ދެތަރިން ކަމަށްވާ ޖަގްހެޑްގެ ބައްޕަ އެފްޕީ ޖޯންސް އަދި ވެރޮނިކާގެ މަންމަ ހާމަނީ ލޮޖް ރިވަޑޭލްގެ ފަސްވަނަ ސީޒަނުން ނުފެންނާނެ ކަމަށްވެސް ޚަބަރުތައް ބުނެއެވެ. ޓީވީ ލައިން އަށް ދިން ސްޓޭޓްމަންޓެއްގައި ޖޯންސް ބުނީ ރިވަޑޭލްގެ ސެޓުން ލިބުނު އެކުވެރިން މަތިން ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށާއި މި ސީރީޒުން ފުރުސަތެއް ލިބުމުން ފަހުރުވެރިވާކަމަށެވެ. ކޮވިޑް19 އާ ގުޅިގެން ރިވަޑޭލްގެ ފަސްވަނަ ސީޒަންގެ ޝޫޓިން އަދި ފެށިފައިނުވި ނަމަވެސް ރިވަޑޭލްގެ ފަސް ވަނަ ސީޒަން އަންނަ އަހަރުތެރޭ ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެ ސީރީޒްގެ ފުރަތަމަ އެޕިސޯޑެއް އާންމުންނާ ހަމައަށް އައީ 2017 ވަނަ އަހަރުގައެވެ.
ރިވަޑޭލްގެ ފަސް ވަނަ ސީޒަނެއް އަންނާނެ
ކުރިއަށް އޮތް 24 ގަޑިއިރު މެދުރާއްޖޭގެ ސަރަހައްދުތަކަށް މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް، މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފި އެވެ. މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދަށް ވިއްސާރަ ދުވަސް ވަރެއް ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ. މެޓް އޮފީހުން ބުނެފައި ވަނީ ކުރިއަށް އޮތް 24 ގަޑިއިރު މެދު ރާއްޖޭގެ އެކި ސަރަހައްދަށް މޫސުން ގޯސްވުން އެކަށީގެންވާ ކަމަށެވެ. އެގޮތުން މިއަދުގެ 12:30 އާ ހަމައަށް އެ ސަރަހައްދުތަކަށް ވަނީ ޔެލޯ އެލާޓެއް މެޓް އޮފީހުން ނެރެފަ އެވެ. މެދު ރާއްޖޭގެ ސަރަހައްދުތަކަށް ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ. މެޓް އޮފީހުން ބުނީ އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ވައި ޖެހޭއިރު އެހެން ހިސާބުތަކަށް ވައި ޖެހޭނީ އިރުދެކުނާއި ދެކުނުން ކަމަށެވެ. އަދި ގަޑިއަކު ފަސް މޭލާއި 15 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ބުންޏެވެ. މެޓް އޮފީހުން ބުނީ ވިލާގަނޑުގައި ގަޑިއަކު 35 މޭލު ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވިނަމަވެސް ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ. އެހެންކަމުން މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
މެދުރާއްޖެއަށް މޫސުން ގޯސްވާނެ، ޔެލޯ އެލާޓް!
ޒަރޫރީ ބޭނުންތަކަށް މުދާ ވިއްކާ ފިހާރަތަކަށް މީހުން ގޮސް، ހިދުމަތް ހޯދުމަށް ޓަކައި ފުލުހުންގެ ފަރާތުން ނަގަން ޖެހޭ ހުއްދައިގެ ވަގުތުތަކަށް، މިއަދުން ފެށިގެން ބަދަލެއް އަންނާނެ ކަމަށް ފުލުހުން ބުނެފި އެވެ. މިއަދު މިއީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށް ވުމާ ގުޅިގެން މިއަދުން ފެށިގެން ވިޔަފާރި ކުރުމަށް ކުރީން ކަނޑައަޅާފައިވާ ގަޑިތަކުން ހަވީރު 5:00 އާއި ރޭގަނޑު 7:00 އާ ދެމެދު މިހާރު އުނިކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ބުނީ އެ ވަގުތު އުނިކުރުމަށް ނިންމާފައިވުމުން އާ ހުއްދައެއް ފޯނަށް ލިބޭނެ ކަމަށެވެ. އާންމުންނަށް ހިދުމަތް ދޫކުރުމަށް ހެނދުނު 9:00 އިން ފެށިގެން ރޭގަނޑު 12:00 އާ ހަމައަށް ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ވަނީ މީގެކުރީން ހާމަކޮށްފަ އެވެ. ސިއްހީ ކުއްލި ނުރައްކަލުުގެ ހާލަތުގައި ގޭން ބޭރަށް ނިކުތުން މަނާކޮށްފައިވީ ނަމަވެސް، ޒަރޫރީ ބޭނުންތަކަށް ވަކި ވަގުތެއްގައި ގެއިން ބޭރަށް ނިކުތުމުގެ ހުއްދަ ފުލުހުން ދޭން ފަށާފައިވަނީ މި ހަފްތާގަ އެވެ.
ފިހާރަތަކަށް ހިދުމަތް ހޯދަން ދާ ވަގުތަށް ބަދަލެއް
ފުލުހުންނަށް ޓޭޒާ ގަން (ކަރަންޓު ފިސްތޯލަ) ބޭނުންކުރަން ދޭން އުޅޭތީ ފުލުހުންނަށް ކިޔަމުންދާ ފާޑުކިޔުންތަކަށް އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ރައްދެއް ދެއްވައިފި އެވެ. ފުލުހުންނަށް ކަރަންޓު ފިސްތޯލަ ބޭނުން ކުރަން ފަށާކަން ފުލުހުން ހާމަ ކުރީ އިއްޔެ އެވެ. އެއާއެކު، ދިވެހި ފުލުހުންނަކީ އަނިޔާވެރިކަމުގެ މާޒީއެއް އޮތް ބައެއް ކަމުން ފުލުހުންނަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ދިނުމަށް އިތުބާރު ނުކުރެވޭ ކަމަށް ބުނެ އިއްޔެ ގިނަ ބަޔަކު ކަންބޮޑުފުން ފާޅު ކުރި އެވެ. އެ ފާޑުކިޔުންތަކާ ގުޅިގެން އެސިސްޓެންޓް ކޮމިޝަނާ ފައިރޫޝް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނުރައްކާތެރި ގޭންގުތައް ހުއްޓުވުމާއި ޓެރަރިޒަމާ ދެކޮޅަށް ފުލުހުން މަސައްކަތް ކުރަން ލާޒިމު ކަމެވެ. ނަމަވެސް، ތަސައްވުރަކީ އެކަން ކުރަން ބާރުވެރިވެފައި ނެތް ފުލުހުންތަކެއް ތިބުންތޯ އޭނާ ސުވާލު އުފެއްދެވިއެވެ. އިއްޔެ ކޮމިޝަނާ އޮފް ޕޮލިޒް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޮފިސަރުންގެ ސަލާމަތާއި އާންމުންގެ ރައްކާތެރިކަމަށްޓަކާ ފުލުހުންގެ އޮޕަރޭޝަންތަކުގައި ކަރަންޓް ފިސްތޯލަ ބޭނުންކުރުމުގެ ޓްރަޔަލްއެއް މިހާރު ފަށާފައިވާ ކަމަށެވެ. ފުލުހުން ކަރަންޓް ފިސްތޯލަ ބޭނުން ކުރާތަން ދައްކުވައިދޭ ވީޑިއޯއަކާ އެކު ސީޕީ ވިދާޅުވީ، އެ ފިސްތޯލަ އަކީ ބާރުގެ ބޭނުން ކުރަން ޖެހިއްޖެ ހާލަތުގައި، ފުލުހުންނަށް ލިބިދާނެ ގެއްލުން ކުޑަކުުރުމަށް ބޭނުންކުރާނެ ވަސީލަތެއްކަމަށެވެ. އެ ފިސްތޯލަ ދޭން ނިންމާފައި ވަނީ ވަކި ތަމްރީނެއް ފުރިހަމަ ކުރާ ފުލުހުންނަށެވެ. އަދި އެ ފިސްތޯލަ ގެންގުޅޭ ފުލުހުން އަމަލު ކުރާ ގޮތް ދެނެގަންނަން ބޮޑީ ކެމެރާއެއް އެ ފުލުހުންގެ ގައިގައި ހަރުކުރާނެ އެވެ. ކަރަންޓް ފިސްތޯލަ އަކީ އާންމު ގޮތެއްގައި ސިއްހަތު ރަނގަޅު މީހުންނަށް ނުރައްކާތެރި އެއްޗެއް ނޫނެވެ. ނަމަވެސް، ދާއިމީ ބައެއް ކަހަލަ ބަލިތައް ހުންނަ މީހުންގެ ގަޔަށް އެ ފިސްތޯލަ ޖަހައިފި ނަމަ ފުރާނައަށް ނުރައްކާވެދާނެ އެވެ.
ކަރަންޓު ފިސްތޯލައާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކަށް ފައިރޫޝްގެ ރައްދެއް
މިފަހުން ކޮންމެ ރޯދަމަހަކުވެސް މައުރީން އަހަރެމެންނާ ބައްދަލުކޮށްލީ ޓީވީ ސްކްރީނުންނެވެ. ޓީވީއެމްގައި އޭނާ ހުށަހެޅި ކާމިޔާބު ޝޯތަކާއި އަދި މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަންއިން ޢާންމުންގެ ބޮޑުތަރުހީބެއް އޭނާވަނީ ހޯދާފައެވެ. ކައިވެންޏަށްފަހު ޓީވީތަކުން ފެނުން މަޑުޖެހުނު ނަމަވެސް، އާންމުންގެ ހިތްތަކުން އޭނާ ހޯދާފައިވާ ލޯތްބަކަށް އެއްވެސް ބަދަލެއް ނާދެއެވެ. މި ރޯދަމަހުގެ ކޮންމެ ދުވަހަކުވެސް މައު އަންނަނީ އަމިއްލަ ގޭގައި ތައްޔާރުކުރާ ހާއްސަ ރެސިޕީއެއް އޭނާގެ ފޮލޯވަރުންނާއި ހިއްސާ ކުރަމުންނެވެ. މި ހުރިހާ ރެސިޕީތަކުގެވެސް އެންމެ ހާޢްސަކަމަކީ މިއީ ގޭގައި ހުރި އެއްޗަކުން ވީހާވެސް ޚަރަދު ކުޑަކޮށް އޭނާ ތައްޔާރުކުރާ ރެސިޕީތަކަކަށް ވުމެވެ. "ގޭގައި ކައްކަނީ މައު އާއި ބައްސާމަށް އެކަނި. މިހާރު ދިމާވެފައި އޮތް ހާލަތުގެ ސަބަބުން ބޮޑަށް ބަލަނީ ގޭގައި ހުރިއެއްޗެއްބޭނުންކޮށްގެން މީރު އެއްޗެއް ތައްޔާރުކޮށްލެވޭތޯ. ވީހާވެސް އެއްޗެއް ގަންނަން ނުޖެހި، އިގްތިސާދު ކުރެވޭތޯ" މައު ބުންޏެވެ. އެހެން އަހަރުތަކުގައި އަބަދުވެސް ރޯދަވީއްލުމަށް ގާތް ރަހުމަތްތެރިންނަށާއި އާއިލާގެ މެންބަރުންނަށް ދައުވަތުދޭ އިރު، މިފަހަރު އެކަން ނުކުރެވުމަކީ ރޯދަމަހަށް ވެސް އައި ފަޅުކަމެއްކަމަށް މައު ބުންޏެވެ. މައުރީން މި ރޯދަ މަހު ތައްޔާރުކޮށްފައިވާ ރެސިޕީއެއް! އިންޑިއަން އަދި ދިވެހި ކެއުންތަކަށް ލޯބިކުރާ މައުއަށް ރޯޑަވީއްލާވަގުތު ކޮންމެހެން ވަކިއެއްޗެއް ބޭނުމެއް ނުވެއެވެ. މައު ބުނާގޮތުން އޭނާ އަބަދުވެސް ބަލަނީ ތަފާތު އާ އެއްޗެއް ތައްޔާރުކޮށްލެވޭތޯ އެވެ. "ކޮންމެ ފަހަރަކުވެސް ބައްސާމް ގާތުގައި ރޯދަވީޢްލަން ބޭނުމީ ކޯއްޗެއްތޯ އަހާލީމަ ބުނާނެ އާ އެއްޗެއް ޓްރައިކޮށްލަން ހިނގާށޭ. އެހެންވީމަ ރޭގަނޑު ދެމީހުން ޑިސްކަސްކޮށްލާފައި ހެނދުނު އެ އެއްޗެއް ތައްޔާރުކުރަނީ" މައޫ ކަޔައިދިނެވެ. އެކިގޭގައި ރޯދަވީއްލާ ވަގުތަށާއި ތަރާވީސް އަދި ހާރަށްވެސް ވަކިން ކައްކާއިރު މައު ބުނާގޮތުގައި އޭނާ ކެއުން ތައްޔާރުކުރަނީ ރޯދަވީއްލާ ވަގުތަށެވެ. އަދި ތަރާވީސް ގަޑިއަށް ވަކި ހާއްސަ ކެއުމެއް ތައްޔާރެއް ނުކުރެއެވެ. މައުރީން މި ރޯދަ މަހު ތައްޔާރުކޮށްފައިވާ ރެސިޕީއެއް! ރޯދަމަހު މިހާތަނަށް މައު ތައްޔާރުކޮށްފައިވާ ރެސިޕީތަކުގެ ތެރެއިން އާންމުންގެ އެންމެ ބޮޑު ތަރުހީބެއް ލިބުނު ބައެއް ޑިޝްތަކުގެ ތެރޭގައި، ޗީޒީ ޗިކަން ފްރައިސް، ބްރެޑް ލަޒާނިއާ އަދި މަސްދަޅުން ތައްޔާރުކުރާ ޑިޝްތައް ހިމެނެ އެވެ. އާންމުގޮތެއްގައި މި ހުރިހާ ރެސިޕީތަކުގައިވެސް ބޭނުންކޮށްފައިވަނީ ގޭގައި ލިބެންހުންނަ އާންމު ބާވަތްތަކެވެ. އަދި ހާއްސަކޮށް ގޭގައި ކައިފައި ބާކީވާ، ބަތްކޮޅު ބޭނުންކޮށްގެން ރައިސް ކަޓްލެޓްސް ހަދާނެ ގޮތާއި ބާކީވާ ރޮށިކޮޅުން ހަދާލާނެ ޗީޒީ ބޭކްޑް ރޮށީގެ އަމިއްލަ ރެސިޕީއެއްވެސް މައު ވަނީ ހިއްސާކޮށްފަ އެވެ. މައުބުނާގޮތުން އެންމެ އުފާވަނީ އޭނާގެ ޕޯސްޓްތައް ފެނި އެތަކެތި މީހުންއަމިއްލައަށް ތައްޔާރުކުރާތީ އެވެ. އަދި އެކުގައި ގިނަބަޔަކު މިފަދަ އުކުޅުތަކެއްބޭނުންކުރުމުން މި ދަތި ވަގުތުގައި އިގްތިސާދުކުރެވި މި ރެސިޕީތަކުގެ އަސްލު މަގްސަދުވެސް ހާސިލްވާކަމަށް މައު ގަބޫލްކުރެ އެވެ. މީގެއިތުރުން މައުވަނީ އިގްތިސާދުކުރުމަށް އޭނާ ގޭގައި ފޮލޯކުރާ ބައެއްކަންކަންވެސް އަހަރެމެންނާއި ހިއްސާކޮށްފައެވެ. ވަކި ރެސިޕީއެއް އޮންލައިންކޮށްވިޔަސް ނޫނީ ފޮތަކުން ބެލިއަސް ޢޭގައި ހުރި ހުރިހާއެއްޗެއް ބޭނުންކުރުމުގެ ބަދަލުގައި އެވައްތަރުގެ ލިބެންހުރި އެއްޗެއް ބޭނުންކޮށްލުން ކުރިން ދުވަހުގެ ކާއެއްޗެހިން ބާކީވާ ބާވަތަކުން އަނެއްކާވެސް ތަފާތުއެއްޗެއް ތައްޔާރުކޮށްލުން. އޭރަށް އިތުރަށް އެއްޗެއް ގަންނަންނުޖެހި އިސްރާފުވުންވެސް މަދުވާނެ ރޯދަވީއްލުމަށްފަހު ބޭނުންނޫންގޮތެއްގައި ކެއުން މަދުކުރުން ގިނަގިނައިން ފެން ބުއިން ފިހަން ނޫނީ ތެލުލަން ނުޖެހޭ ބާވަތްތަކެއް ތައްޔާރުކުރުން. ގޭސް އާއި ކަރަންޓުގެ ޚަރަދުވެސް ކުޑަވާނެ. ގޭގައި ކިތަންމެ ވަރަކަށް ކާއެއްޗެހި ތައްޔާރުކުރިއަސް މަންމަގެ އަތުން އެ ތައްޔާރުކުރާ އެއްޗެހީގެ މީރު ރަހަ ގައިމުވެސް 'މިސް ' ވާނެތާއެވެ. މި ރޯދަމަހު އާއިލާއާއި ގާތް ރަހުމަތްތެރިންނާއި ދުރުގައި ހޭދަކުރަންޖެހިފައިވާއިރު މައުގެ ހާލަކީވެސް ހަމަ މިއީއެވެ. މަންމަގެ އަތުން ތައްޔާރުކުރާ ހުރިހާ އެއްޗެއްވެސް ނުހަނު ކާހިތްވެފައި ހުރިއިރު، މައިދައިތަ މައު އަށް ހާޢްސަކޮށް ތައްޔަރުކުރާ "ބަރަބޯ މުސައްމާ" މިފަހަރު ނުކެވޭތީވެސް މައު ހުރީ ވަރަށް ދެރަވެފަ އެވެ. ޓީވީ ސްކްރީންތަކުން ފެނުނު މައުރީންގެ މޮޅު ޕްރެޒެންޓިންގެ ހުނަރާއި އެކު މި ރޯދަމަހު އޭނާ އަހަރުމެން އާޝޯހު އެކޮށްލަނީ މޮޅު ކެއްކުމުންނެވެ. މެދުކެނޑުމެއްނެތި ކޮންމެ ދުވަހަކު މައު އަހަރުމެންނަށް ތިދޭ ހަދިޔާއަށް ހަމަ ސާބަސް އެވެ!
މައުރީންގެ ހުނަރު މިފަހަރު ބަދިގެއިން!
ކޮވިޑް-19ގެ މިދަނޑިވަޅުގައި ރާއްޖެއިން ބޭރުގައި ތިބެގެން ޕާސްޕޯޓު އާކުރުމަށް، މިހާރު އޮޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ. އިމިގްރޭޝަނުން މިއަދު ބުނީ ރާއްޖެއިން ބޭރުގައި ތިބެގެން ޕާސްޕޯޓަށް އެދުމަށް އެޕްލިކޭޝަން ހުށަހަޅާނީ passports@immigration.gov.mv އަށް ކަމަށެވެ. އެޕްލިކޭޝަން ފުރިހަމަ ނަމަ، ޕޭމަންޓް ލިންކް އީމެއިލް ކުރާނެ ކަމަށާއި އަދި ފައިސާ ދައްކާތާ 24 ގަޑިއިރުގެ ތެރޭގައި ޕާސްޕޯޓު ނެގޭނެ ގޮތުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. ކޮވިޑް-19 އާ ގުޅިގެން ފުރަބަންދު ކުރުމުގެ ކުރިން ވިސާ ޖެހުމަށް ހުށަހަޅާފައިވާ ޕާސްޕޯޓުތައް މިދިޔަ ހަފްތާގައި ވަނީ ދޫކުރަން ފަށައިފައެވެ. ފުރަބަންދުގެ މުއްދަތުގައި ވިސާއަށް އެދުމުގެ ފުރުސަތު އަދި ދީފައެއް ނުވެއެވެ.
ރާއްޖެއިން ބޭރުގައި ތިބެގެން ޕާސްޕޯޓަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ ގޮތް ހަދައިފި
ދިވެހި ލިބާހަކީ ސަގާފީ ހެދުންތަކުގެ ތެރެއިން ދިވެހި އަންހެނުންނަށް އެންމެ ހާއްސަ އެއް ހެދުމެވެ. ޒަމާނީ ދުނިޔޭގައި ކިތަންމެ ވަރަކަށް ފެޝަން ކުރިއަރައިގެން ދިޔަ ނަމަވެސް، ލިބާސް ޓްރެންޑެއް އުވިގެން ދިޔުމެއް ނެތެވެ. ކައިވެނީގެ ހަފްލާތަކަށާއި ރަން ކިޔުމަށްވެސް، އަދި ގައުމީ އެކި މުނާސަބަތުތަކަށްވެސް ދިވެހި ލިބާސް ނަން ހިނގަ އެވެ. ގދ.ގައްދޫ އަތިރީގޭ ފާތުމަތު ދީދީ (ފާތުމާދީ) ދެމި ހުރީ އެ ފެޝަން އުވިގެން ނުދިޔުމަށް އެ މަސައްކަތުގަ އެވެ. ރަށުގައި އިނދެ ގެދޮރު ބަލަހައްޓަމުން އާމްދަނީގެ ގޮތުން އޭނާ މިހާރު ކުރާ މަސައްކަތަކީ ކަސަބު ލިބާސް ތައްޔާރުކުރުމެވެ. ފާތުމަތު ދީދީ ބުނާގޮތުން އޭނާ ކުޑައިރުއްސުރެވެސް މަންމަ މި މަސައްކަތްކުރާތީ ފެނެ އެވެ. މިއީ އޭނާގެ އާއިލީ މަސައްކަތަކަށްވާއިރު، އަމިއްލައަށް މިކަން ކުރަން ފެށީ އޭނާގެ މަންމަ ނިޔާވުމުން އެ މަސައްކަތް އާއިލާގައި ދެމެހެއްޓުމުގެ އަޒުމުގަ އެވެ. "ފެށުނީ މަންމަމެން ކޮށްއުޅުނު މަސައްކަތަކަށް ވީމަ، އާއިލީކަމެއް ދޫނުކުރަންވެގެން. މީހުން ވަރަށް ގިނައިން އަންނާނެ މަގޭ ކައިރިއަށް ލިބާސް ފަހަންވެގެން. ކޮންމެ މީހެއްވެސް އައިސް މިން ދެނީ. ދިނީމަ އެމިނަށް ފަހައިދެނީ" އޭނާ ބުންޏެވެ. ކަސަބު ބޯވަޅު ހެދުމުގެ އިތުރަށް ފާތުމަތު ދީދީ އަމިއްލައަށް ލިބާސް ފަހަ އެވެ. އެކަމަށް ބޭނުންވާ ހުރިހާ އާލަތްތަކެއް އޭނާ ހުންނަނީ ހަމަކޮށްފަ އެވެ. އެއީ ފަސޭހަ މަސައްކަތެއް ނޫނެވެ. ކަވި މަސައްކަތެކެވެ. "އެންމެފުރަތަމަ ހިރު އަޅާނީ. އެއަށްފަހު ހިރު ގަތައިގެން ލިބާހުގައި ހަރުކުރަނީ، ކޮންމެ ހިރަކަށް ނަގާ ދެ ދުވަސް. މެދުގައި ހުންނަ ރޯދުގަނޑު އެ ގަތަން ފަސްދުވަސް ނަގާ" މަސައްކަތް ކުރިއަށްދާ ގޮތް ކިޔައިދެމުން ފާތިމަތު ބުންޏެވެ. ފާތުމަތު ދީދީ މި މަސައްކަތް ސިފަކުރަނީ އެއްގޮތަކުން ބަލާއިރު ވަރަށް ބުރަ އެހެންނަމަވެސް އޭނާ ކުރާ ހިތުން ކުރާ މަސައްކަތެއްގެ ގޮތުގަ އެވެ. ގިނަވެގެން މަހެއްހާ ދުވަސްތެރޭ ލިބާހެއް އެއްކޮށް ނިންމާލެވޭއިރު ގިނަ ދުވަސްތަކެއް ނަގަނީ ހިރު ގެތުމަށްކަމަށް އޭނާ ބުންޏެވެ. އޭރާއި މިހާރު މަސައްކަތުގެ އާލާތްތަކަށާއި މަސައްކަތް ކުރާގޮތަށް ބަދަލެއް އައިސްފައި ނުވާކަމަށް ފާތުމަތި ދީދީ ބުނާއިރު އެންމެ ޝައުގުވެރި އެއްކަމަކީ އޭނާގެ މަންމަމެންގެ ޒަމާނުގައިވެސް މި މަސައްކަތް ކުރަން ބޭނުންވާ ސާމާނުތައް އެތެރެކޮށް އުޅުނީ ސިލޯނު ފަދަ ގައުމުތަކުންނެވެ. އޭނާ ބުނާގޮތުގައި ކުޑައިރު އޭނާގެ ބައްޕަ 17 ފަހަރު ސިލޯނަށް ދިޔަކަމަށް ބުނެ އެވެ. އޭނާގެ ހުރިހާދަރިންވެސް މިވަގުތު އުޅެނީ ރަށުން ބޭރުގަ އެވެ. އެހެންކަމުން ގޭގައި އެކަނި ހުރިނަމަވެސް، މަސައްކަތްކުރުމަށް އޮންނަނީ ވަކި ހާއްސަ ވަގުތުތަކެއް ކަނޑައަޅާފައެވެ. ހަވީރު ފިނިޖެހުމުން އެވަގުތު ހާއްސަކޮށްލަނީ ރަހުމަތްތެރިންނާއި އަވަށްޓެރިންނާ ބައްދަލުކޮށްލުމަށެވެ. އަދި ރޭގަނޑުގެ އިޝާއަށްފަހު ހަބަރު ބަލާއެކި ޓީވީ ޕްރޮގްރާމްތައްބަލައި ކަމަށް އޭނާ ބުންޏެވެ މި މަސައްކަތް ކުރާ ގިނަބަޔަކު މިއަދު ދުނިޔޭގައި ނެތް އިރު، ޒުވާން ކުދިންނަށް މަސައްކަތް ދަސްކޮށްދިނުމަށް ފާތުމަތު ދީދީ ހުރީ ތައްޔާރަށެވެ. "މީހުން ވަރަށް މަދުވެއްޖެ. މަރުވީ ހުރިހާ މީހުން. ކުދިން އަހާނެ ދައްތަ ދަސްކޮށްސޭންވީ ނޫންހޭ. ބުނީމަ މަ ބުނަން އާއެކޭ. ހުރިހާ ކުދިންނަށް ހިލޭ ދަސްކޮށްދޭނަމޭ.ބޭނުމެއް ނޫނޭ ގައްދޫއިން މިކަން އުވިގެން ދާކަށް." ފާތިމަތު ދީދީ ބުންޏެވެ. އޭނާ ބުނާގޮތުން، ކުދިންނަށް ދަސްނުކުރެވިފައި ތިބީ ކަސަބު އެޅުމަށް ބޭނުންކުރާ "ފައްވެއް" ނުލިބިގެނެވެ. ފާތުމަތު ދީދީ ބޭނުންކުރާ ބައެއް ސާމާނުތަކަކީ ސީދާ އާއިލީ އެއްޗިއްސަށް ވާއިރު އިތުރު އެހެން ތަކެތި ކަމުގައިވާ ލިބާސް ފޮއްޗާއި، ހިރުތަކަކީ ގިނައިން އޭނާގެ ދަރިން ރާއްޖެއިން ބޭރުން ގެންނަ ތަކެއްޗެވެ. މަދުން ނަމަވެސް މާލެއިންވެސް އެއްޗެހި ގަންނަން ހުންނައިރު، ބައެއްފަހަރު ދަރިން ކައިރިއަށް އައިސް މާލޭގައިވެސް ލިބާސް ފަހާތައްޔާރު ކުރާކަމަށް އޭނާ ބުންޏެވެ. "އެއްވެސް ކަމެއް ދައްޗެއް ނޫން. ދަރިން ހުންނަނީ ހުރިހާ އެއްޗެއް ހޯދައިދީފައި. ކަސަބާއި ފޮއްޗާއި ހުރިހާ އެއްޗެއްވެސް ކުދިން ހޯދައިދޭ. މާލެގައިވެސް 3 ލިބާސް ހެދިން . ކުދިން ވަރަށް އުފާވޭ މަންމަ މި މަސައްކަތްކުރާތަން ފެނުނީމަ" ނިކަން އުފަލުން އިނދެ އޭނާ ބުންޏެވެ. މިހާތަނަށް އޭނާ ތައްޔާރުކޮށްދީފައިވާ ލިބާސްތަކުން ހަގީގަތުގައިވެސް އިތުރު ޗާލުކަމެއް އޭނާގެ މަސައްކަތުގައި ފާހަގަވެއެވެ. ހިރުތަކުގެ ތަރުތީބާއި އޮމާންކަމެވެ.
ގައްދޫ ފާތުމާދީ، ކަސަބު ލިބާހުގެ ދުނިޔެއެއްގައި!
މާލެ ސަރަހައްދު ލޮކްޑައުން ކުރި އިރު މާލެއިން ބޭރުގައި ތިއްބެވި އެމްޑީޕީގެ ދެ މެމްބަރަކު މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން މާލެ ވަޑައިގެންފައިވާ ކަމަށް، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ. މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކް ކޮމިޓީގެ ބައްދަލުވުމުގައި ސަނީފް ތުހުމަތުކުރެއްވީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ އާއި މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން މަގާމުގެ ނުފޫޒު ބޭނުންކުރައްވައި މާލެ ވަޑައިގެންފައިވާ ކަމަށެވެ. މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ކުރިއަށް ދިޔައީ ފުރަބަންދު މުއްދަތުގައި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް މާލެ ވަޑައިގަތް މައްސަލަ ދިރާސާކުރުމެވެ. ތ. ތިމަރަފުށީގައި ހުންނެވުމަށް ފަހު މިދިޔަ މަހުގެ 26 ވަނަ ދުވަހު ރިޔާޒް މާލެ ވަޑައިގެންނެވި މައްސަލަ މަޖިލީހުގެ ކޮމިޓީއަކުން ބަލައިދިނުމަށް ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ. މެމްބަރު ސިރާޖު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، އެކަމާ ގުޅިގެން ރައްޔިތުންގެ މެދުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ މެދު ނަފުރަތު އުފެދި، މަޖިލީހުގެ މެމްބަރުންނަކީ ބާރާއި ނުފޫޒުން ކަންކަން ކުރާ ބައެއްގެ ގޮތުގައި ލޭބަލްވެފައިވާ ކަމަށެވެ. ކޮމިޓީން މިއަދު ނިންމާފައި ވަނީ ރިޔާޒް މާލެ ވަޑައިގަތީ އެކަމަށް ހޯދަންޖެހޭ ހުއްދަ ހޯއްދަވައިގެން ކަަމަށާއި، އެހެންކަމުން މިކަމުގައި ރިޔާޒްގެ ސުލޫކީ މައްސަލައެއް ނެތް ކަމަށެވެ. ކޮމިޓީގައި ގާތްގަނޑަކަށް ހުރިހާ މެމްބަރުން ވެސް އެއް މޭރުމަކުން ވާހަކަދެއްކެވި ނަމަވެސް، މެމްބަރު ސަނީފްގެ ވާހަކަ ތަފާތުވިއެވެ. މެމްބަރު ސަނީފް ވިދާޅުވީ މެމްބަރު ރިޔާޒު މާލެ ވަޑައިގައިތީ ހުއްދަ ހޯއްދަވައިގެން ގަވާއިދުގެ ތެރެއިން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އާންމު ރައްޔިތުންނަށް ނުލިބޭ ހުއްދައެއް ފުލުހުން ބައެއް ފަރާތްތަކަށް ދޫކުރާ އުސޫލު ސާފު ނުވާ ކަމަށެވެ. ސަނީފް ވިދާޅުވީ އެ އުސޫލުގެ ދަށުން ރިޔާޒް މާލެ ވަޑައިގަތުމާއެކު، މެމްބަރު މުޣުނީ އާއި މެމްބަރު ފިރުޝާން މަގާމުގެ ނުފޫޒު ބޭނުންކުރައްވައި، "އެމްސީ" އަށް ގުޅުއްވައިގެން މާލެ ވަޑައިގެންފައިވާ ކަަމަށެވެ. "އެއާ ގުޅިގެން އަޅުގަނޑަށް އެނގިހުރެ މި ވާހަކަ އަޅުގަނޑު މި ބުނަނީ ނުފޫޒުގެ ބޭނުންކޮށްގެން ދެން ތިބި ދެ މެމްބަރުން [މުޣުނީ އާއި ފިރުޝާން] ވެސް އައިސްގެން އުޅެނީ. އެމްސީއާ ހަމައަށް ފޯނުކޮށްގެން. އަބްދުﷲ ރިޔާޒަށް ފުރުސަތު ދިނީތީވެ، އެބޭފުޅުން ވެސް އަންނަން ބޭނުންވެގެން މަސައްކަތް ކޮށްކޮށް ހުއްޓާ ރިޔާޒަށް ފުރުސަތު ދިނީތީވެ އެހެންވެގެން،" ސަނީފް ވިދާޅުވިއެވެ. ސަނީފް ވިދާޅުވީ މާލެ ސިޓީ ލޮކްޑައުން ކުރުމުން، އެ ދެ މެމްބަރުން މާލެ އައުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމަށް ވެސް ދެންނެވި ކަމަށެވެ. އެހެން ނަމަވެސް އޭރު އެކަން ހަމަނުޖެހުނު ކަމަށެވެ. "ނުފޫޒުގެ ބޭނުންކޮށްގެން، ހަގީގަތުގައި ވެސް ނުފޫޒުގެ ބޭނުންކޮށްގެން. އަޅުގަނޑަށް އެނގޭތީ މި ބުނަނީ. ސީދާ އެމްސީއަށް ގުޅުއްވައިގެން ފަހުން އެ ދެބޭފުޅުން ވެސް އައީ،" މެމްބަރު ވިދާޅުވިއެވެ. ސަނީފް ވަނީ ފުލުހުން ހުއްދަ ދޭ އުސޫލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ވަރަށް ބޮޑެތި ޒަރޫރީ ކަންކަމަށް ރަށަށް ނުވަތަ މާލެއަށް ދާން ޖެހޭ ފަރާތްތަކަށް ހުއްދަ ނުލިބޭއިރު، ވަކި ބަޔަކަށް ހުއްދަ ލިބެންޖެހޭ ސަބަބު ނުވިސްނޭ ކަމަށް މެމްބަރު ވިދާޅުވިއެވެ. "އެ އަދި އެދޭހާ އިރަށް އެދޭހާ ކަމެއްގައި އެބޭފުޅުން ބޭނުންވާ ބަޔަކަށް ފުރުސަތު ދޭކަމަށް ވަންޏާ އޭގަ އެބައުޅޭ މައްސަލައެއް،" މެމްބަރު ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ ފުލުހުން ހުއްދަ ދީފައި ވަނީ ވަކި ތަރުތީބަކުން، އުސޫލާ ހަމަތަކުގެ ތެރެއިން ކަމަށް ގަބޫލުނުކުރައްވާ ކަަމަށެވެ. އަދި ސިޔާސީ މީހުން މެދުވެރިކޮށް، މެދުވެރިކޮށް ފުލުހުންގެ އެންމެ އިސްވެރިޔާއަށް ގުޅައިިގެން ހުއްދަތައް ހޯދަން ޖެހުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ. "މީކީ އާދައިގެ މައްސަލައެއް ނޫން. ބައެއް މީހުން މީ އާދައިގެ މައްސަލައެއް ކަމަށް ދެކުނަސް މީކީ އާދައިގެ މައްސަލައެއް ނޫން. މީ އެތައް ރައްޔިތުންނެއް އަޅުގަނޑުމެންނާ ދިމާލަށް އެތައް އެއްޗެއް ކިޔާ ގޮވި މައްސަލައެއް. ހަގީގަތުގައި ވެސް މިކަން ހިނގީ ރަނގަޅަށްތޯ ގޯސްކޮށްތޯ ބަލަން ޖެހޭނެ،" މެމްބަރު ވިދާޅުވިއެވެ. ނަމަވެސް ވަކި މެމްބަރުންގެ މައްސަލަ ބަލަން ސަނީފް ހުށަހަޅުއްވާފައެއް ނުވެއެވެ. ސަނީފް ވިދާޅުވީ މިކަމުގައިި މެމްބަރުންގެ މައްސަލައެއް ނޫޅޭ ކަމަށާއި، ބަލަން ބޭނުންވަނީ ފުލުހުން ހުއްދަ ދިނުމުގައި އަމަލުކޮށްފައިވާ ގޮތް ކަމަށެވެ. ނަމަވެސް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވަނީ މެމްބަރު ފިރުޝާން އަދި މެމްބަރު މުޣުނީގެ މާލެ ވަޑައިގެން މައްސަލަ ކޮމިޓީން ބަލަން ހުށަހަޅުއްވައިފައެވެ.
ނުފޫޒު ބޭނުންކޮށްގެން އެމްޑީޕީ ދެ މެމްބަރަކު މާލެ އައިކަމުގެ ތުހުމަތު!
"ރޯދަ ސުންބުލި" މިއީ މި ރޯދަމަހު ސަންއޮންލައިން އިން މުޅިން އަލަށް ގެނެސްދޭ ވީޑިއޯ ސީރީޒެކެވެ. މި ސީރީޒް ހާއްސަކުރެވިފައިވަނީ މި މާތް މައްސަރުގައި ދީނީ ގޮތުން އަހަރެމެންގެ ހިތްތަކުގައި އުފެދޭ އެކިކަހަލަ ސުވާލުތަކަށެވެ. ޖުމްލަ 15 އެޕިސޯޑު ހިމެނޭ މި ސިލްސިލާގައި "ސަން"އިން ކުރި ސުވާލުތަކަށް ޖަވާބުދެއްވާފައިވަނީ އަލްއުސްތާޒާ ސާމިޔާ ޒަކަރިއްޔާ އެވެ. ރޯދަވީއްލުން އެންމެ ރަނގަޅު ގޮަތަކީ ކޮބާ؟ ފަޖުރުއްސާދިގުގެ އަލިކަން ފާޅުވީއްސުރެ އިރުއޮއްސުމާ ހަމައަށް ކެއުމާއި ބުއިމުން އަދި އެނޫންވެސް ބައެއް އަމަލުތަކުން ދުރުވެތިބުމަށްފަހު ބަންގީގެ އަޑު އިވުމުން ރޯދަ ވީއްލުމުގައި އަހަރެމެން އަމަލުކުރަންވީ ރިވެތި އުސޫލު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްވަނީ ދައްކުވައިދީފައެވެ، މިގޮތުން ރޯދަ ވީއްލުމުގައި އެންމެ ރަނގަޅުގޮތަކީ ފުރަތަމަކަމަށް، ބަންގި ގޮވުމަށްފަހު ރޯޑަ ވީޢްލުން ވީހާވެސް އަވަސްކުރުމެވެ. ނުވަތަ އިރުއޮއްސިއްޖެކަން ކަށަވަރުވެއްޖެނަމަ ލަސްނުކޮށް ރޯދަ ވީއްލަންޖެހޭނެއެވެ. މިއީ ރަސޫލާ ސައްލައްﷲއަހައިހި ވަަސައްލަމް ވަރަށް ބޮޑަށް ބާރުއަޅުއްވާކަމެއްވެސް މެއެވެ. އެއާއިއެކު ރޯދަ ވީޢްލުމުގެ ކުރިން ދުއާ ކުރުމަކީވެސް ސުންނަތުން ފެންނަން އޮންނަ ކަމެކެވެ. އެހެނީ އެވަގުތަކީ ދުޢާއަށް ވަރަށް މާތް އަދި ދުއާ އިޖާބަކުރައްވާ ވަގުތެއްވެސް މެއެވެ. އެއާއެކު، ރޯދަވީއްލުން އެންމެ ރަނގަޅީ ކަދުރަކުންނެވެ. އެއީ ތެތް ކަދުތެއް ނުވަތަ ހިކި ކަދުރެއް ނަމަވެސް މައްސަލައެއް ނެތެވެ. ބައެއް ކުދިންނަށް ކަދުރު ނުބައިވެގެން އުޅުނު ނަމަވެސް ޒަމާނީ ސިއްޚީ ހޯދުންތަކުންވެސް އެނގޭ ގޮތުގައި ކަދުރަކީ ރޯދަ ވީއްލާވަގުތު ހަށިގަނޑަށް އެންްމެ ފައިދާ ހުރި ބާވަތެވެ. އެނޫންނަމަ ފެންފޮދެއްވެސް އެންމެ ރަނގަޅެވެ. ހަމައެޔާއެކު އެއްވަގުތެއްގައި އެއްފަހަރާ އެހާ ބައިވެރު އެއްޗެހި ކެއުމުން ދުރުހެލިވާންވެސް ސަމާލުކަން ދޭން ޖެހެއެވެ.
ރޯދަ ސުންބުލި: ރޯދަވީއްލުން އެންމެ ރަނގަޅު ގޮަތަކީ ކޮބާ؟
ރާއްޖެ އަބަދަކު ފުރަބަންދުގައި ނުބޭއްްވޭނެ ކަމަށާއި ރިސްކް ނަގައިގެން ގައުމުގެ އިގްތިސޯދު ހުޅުވާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ. މާޗް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ބޭރުގެ ފަރާތްތައް ރާއްޖެ އައުން މަނާކޮށްފައިވާއިރު ޖެހިގެން އައި އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ވެރި ރަށް މާލެއިން ކޮވިޑް-19ގެ ފުރަތަމަ ކޭސްއެއް ފެނުމާއި އެކު މުޅި ރާއްޖެ އެއްކޮށް ވަނީ ފުރަބަންދު ކޮށްފަ އެވެ. ފުރަބަންދުގެ މުއްދަތު ދިގުލައިގެން ގޮސް އިގްތިސާދު އެއްކޮށް ހުއްޓިފައިވާއިރު، އެ ނިންމުން ބަދަލު ކުރުމުގެ އަޑު މި ވަނީ ގަދަ ވާން ފަށައިފަ އެވެ. މަޖިލީހުގެ މެންބަރުން ވެސް މިއަދު ގޮވާލެއްވީ ރާއްޖެ ހުޅުވުމަށެވެ. އެތެރެއިންނާއި ބޭރުން ތަޅުލައިގެން ތިބެގެން އެއްވެސް ކަމެއް ހައްލު ނުވާނެ ކަމަށާއި ރިސްކް ނަގައިގެން ކުރިއަށް ދާން ޖެހޭ ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވި އެވެ. "އަޅުގަނޑުމެން އިގްތިސޯދު ހުޅުވާލަން އެބަ ޖެހޭ. އިގްތިސޯދު ހުޅުވާލަން ޖެހޭ ވަރަށް ބޮޑު ރިސްކެއް. މި ރިސްކް މިއަދު ނަގަން އެބަ ޖެހޭ. ދެފައި މައްޗަށް ދެ ފޮއި ވެއްޓެންދެން އަޅުގަނޑުމެން ތިބޭކަށް ނުވާނެ،" މެންބަރު ގަފޫރު ވިދާޅުވި އެވެ. ފެންނަ މަންޒަރުތައް ގޯސް ނޫން ނަމަވެސް އިގްތިސާދު ހުޅުވާލާ ހިސާބުން ކޮންމެވެސް ވަރަކަށް ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް ކުރިމަތިވާނެ ކަން ގަފޫރު ފާހަގަކުރެއްވި އެވެ. ނަމަވެސް ފުލް ލޮކްޑައުނެއްގައި އޮތުމުން ދެން ކުރިމަތިވާ ކަންތައްތަކުން އަރައިގަތުމަކީ ވަރަށް ވެސް އުނދަގޫ ކަމެއްކަން ގަބޫލު ކުރަން ޖެހޭ ކަމަށް ވެސް ގަފޫރު ވިދާޅުވި އެވެ. "އަޅުގަނޑު އިންމީދު ކުރަން ސިއްހީ ބޭފުޅުން ވެސް މިކަންކަމަށް ވިސްނައި ހަރުދަނާ ފިޔަވަޅުތަކެއް ކުރިއަށް އޮތް ދެ ދުވަހު އަޅުއްވާނެ ކަމަށް،" ގަފޫރު ވިދާޅުވި އެވެ. ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދް ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުން އިގްތިސޯދީ ހަރަކާތްތައް ނުހިންގިއްޖެ ނަމަ މިހާރު މި އޮތް ހާލަތަށް ވުރެން ނިކަމެތި ހާލަތަށް ވެއްޓޭނެ ކަމަށެވެ، އެހެން ކަމުން ކުރަން ޖެހޭ މަސައްކަތްތައް ކޮށް ގައުމު އަލުން ހުޅުވާލަން ޖެހޭ ކަން ވަނީ ފާހަގަކޮށްފަ އެވެ. ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ގާސިމް ވިދާޅުވީ، 4.2 ބިލިއަން ރުފިޔާ ނެގުމުގެ ހުއްދަ މަރުކަޒީ ބޭންކް އެމްއެމްއޭއަށް ދިން ނަމަވެސް އެ ވަރުން ވެސް ނުފުދި ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް ކުޑަ ކުރަން ޖެހޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އެކަމުން އެކަނި ވެސް ރާއްޖޭގެ އިގްތިސޯދު ވެއްޓިފައި އޮތް ހިސާބު އެނގޭ ކަން ވެސް ހުސައިން ގާސިމް ފާހަގަކުރެއްވި އެވެ. "އަޅުގަނޑު ހަމަ އެދެނީ މިވަގުތުންތަށް ވީހާ އަވަހަކަށް ވެސް ރާއްޖޭގެ އިގްތިސޯދު ހުޅުވާލެވޭނެ ކޮންމެވެސް ގޮތެއް ރާވާއިގެން ރާއްޖޭގެ އިގްތިސޯދު ހުޅުވި ރާއްޖޭގެ ދައުލަތަށް އާމްދަނީއެއް ވަންނާނެ ގޮތަކަށް މަގުފަހިވެގެން ދިއުން،" މެންބަރު ހުސެން ގާސިމް ވިދާޅުވި އެވެ. ކޮވިޑް-19އާ ގުޅިގެން ހުރިހާ ކަމެއް ވެސް ހިނގަމުން ދަނީ ސިއްހީ މާހިރުންގެ ލަޔަފާއެކު ކަން ފާހަގަކުރައްވާ މެންބަރު ހުސައިން ގާސިމް ވިދާޅުވީ، އިގްތިސާދު ހުޅުވާލުމުގައި ވެސް އެ ފަރާތްތަކުގެ ލަފާ ހޯދަން ޖެހޭ ކަމަށެވެ. އަދި ރާއްޖެ އަކީ ޖަޒީރާ ގައުމަކަށް ވުމުން މާލެއާ އެއްގޮތަށް ރާއްޖޭގެ އެހެން ރަށްތައް ފުރަބަންދެއްގައި އޮންނަން ކޮންމެހެން ނުޖެހޭ ކަމަށް ވެސް ހުސައިން ގާސިމް ވިދާޅުވި އެވެ. ފުރަބަންދަށް ލުއިތަކެއް ގެނެސް އިގްތިސާދީ ހަރަކާތްތައް ފަށަން އުޅޭ ކަމުގެ ބައެއް އިޝާރާތްތައް ވެސް މިހާރު ވަނީ ލިބެން ފަށާފަ އެވެ. އެގޮތުން ނިއު ނޯމަލްއެއްގައި ކޮވިޑާއި އެކު އުޅޭނެ ގޮތުގެ އިރުޝާދުތައް ސިއްހީ ފަރާތްތަކުން މިހާރު އަންނަނީ ދެމުންނެވެ. އަދި ރާއްޖޭގެ ޓޫރިޒަމް އަލުން ހުޅުވާލުމުގެ ޕްލޭނެއް ވެސް މިހާރު ވަނީ އެކުލަވާލައިފަ އެވެ.
މަޖިލީހުގެ އަޑަކީ ރިސްކް ނަގައި އިގްތިިސާދު ހުޅުވާލާ
ހަޔާ އެޑިއުކޭޝަން މިނިސްޓަރު މިނިސްޓްރީގެ އިސްބޭފުޅުންނާއި ވޯލްޑް ބޭންކުން ރާއްޖޭގައި ހިންގާ މިރީ ޕްރޮޖެކްޓްގެ ބޭފުޅުންނާއި ބައްދަލުކުރައްވައި، ކޮވިޑް 19 ގެ ހާލަތަށްފަހު ވަޒީފާގެ ބާޒާރަށް މީހުން ބިނާކުރުމަށް ކުރެވިދާނެ ކަންތަކާ ބެހޭގޮތުން މަޝްވަރާކޮށްފިއެވެ. އޮންލައިންކޮށް ބޭއްވި އެ ބައްދަލުވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އިސްބޭފުޅުންނާއި ވޯލްޑް ބޭންކުން ރާއްޖޭގައި ހިންގާ މިރީ ޕްރޮޖެކްޓްގެ ބޭފުޅުންނާއި ޕޮލިޓެކްނިކްގެ ވެރިންގެ އިތުރުން ޓިވެޓް އޮތޯރިޓީގެ ބޭފުޅުން ހިމެނިލައްވައެވެ. އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރި ކަންތައްތަކުގެ ތެރޭގައި ކޮވިޑްގެ ހާލަތުގައި އަދި އޭގެ ފަހުން ނިއު ނޯމަލްއަކަށް އަޅުގަނޑުމެން ބަދަލުވާއިރު މޯލްޑިވްސް ޕޮލިޓެކްނިކްއިން އޮންލައިން މީޑިއަމްގައި ކިޔަވައިދިނުމަށް ކުރިއަށް ގެންދިއުން ހިމެނެއެވެ. އަދި މި ދަނޑިވަޅުގައި ވަޒީފާ ގެއްލިފައި ނުވަތަ މުސާރަ ނުލިބޭގޮތަށް ގޭގައި ތިއްބަވަން ޖެހިފައި ތިބި ޓުއަރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް އަމާޒުކޮށް ކޯސްތައް ހިންގުމަށްވެސް ވާހަކަ ދެެކެވުނުކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. މިހާލަތުގައި އުނގަންނައިދިނުން މެދުނުކެނޑި ކުރިއަށް ގެންދިއުމުގެ މުހިންމުކަން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވަނީ ވީހާވެސް އަވަސް ފުުރުސަތެއްގައި އޮންލައިންކޮށް ހިންގޭނެ ކޯސްތައް ކަނޑައަޅައި އަވަހަށް މިފަދަ ކޯސްތައް ފެއްޓުމަށް ބާރު އަޅުއްވައިފައެެވެ. "އޭގެ ބޭނުމަކީ އަވަހަސް ވަޒީފާތަަކަށް ވަންނަ މީހުންނަކީ ސްކިލްޑް އަދި ސެމިސްކިލްޑް ކެޓަގަރީގެ މަސައްކަތްތެރިންގެ ގޮތުގައި ތަމްރީނ ވެފައި ބޭތިއްބުމެވެ. އަދި އެ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކޮށްފައި ތިބި މީހުން އަޕްސްކިލް ކުރުންވެސް ހިމެނެއެވެ." ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައިވެއެވެ. އޭގެ އިތުރުން ޓުއަރިޒަމް އައިސީޓީ އަދި ދަނޑުވެރިކަމާ ބެހޭ ކޯސްތައްވެސް ވަނީ މަޝްވަރާކޮށްފައެވެ. ކޮރޯނާއާ ގުޅިގެން ޓޫރިޒަމް ދާއިރާގެ ގިނަ ބައެއްގެ ވަޒީފާތައް ހުއްޓިފައިވާއިރު އެ ފަރާތްތަކަށް ސަރުކާރުން މިހާރު ވަރަށް ބޮޑަށް އިސްކަންދެއެވެ. ވޯލްޑް ބޭންކާއި ދިވެހި ސަރުކާރާ ގުޅިގެން ހިންގާ މޯލްޑިވްސް އެމްޕްލޯޔަބިލިޓީ އެންޑް ރެސިލިއަންސް އޮފް ޔޫތު ޕްރޮޖެކްޓަކީ ރާއްޖޭގެ ޒުވާނުންގެ ތެރޭގައި ޓެކްނިކަލް އަދި ވޮކޭޝަނަލް ތަމްރީން ހިންގުމާއި އަމިއްލަ ވިޔަފާރިކުރުމަށް ޒުވާނުންގެ މެދުގައި ޝައުގުވެރިކަން އުފައްދައި ވިޔަފާރިތައް ކުރިއެރުވުމަށް މަސައްކަތް ކުރުމާއި ސަރުކާރުން ކަނޑައަޅާފައިވާ މުހިންމު ސިނާއަތްތަކުގައި ޒުވާނުން ވަޒީފާތަކަށް ބިނާކުރަން ހިންގާ ޕްރޮޖެކްޓެކެވެ.
ކޮވިޑް 19 އަށްފަހު ވަޒީފާގެ ބާޒާރަށް މީހުން ތަމްރީން ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
ފުރަބަންދާ އެކު އެންމެންނަށް ވެސް މިވަނީ، ގޭގެ ހަތަރު ފާރުގެ ތެރޭގައި އެތައް ދުވަހެއް ހޭދަކުރަން ޖެހިފަ އެވެ. އެއާއެކު މީހުންގެ އެހީއާއެކު ކުރަމުން ދިޔަ އެތައް ކަމެއް ވަނީ އަމިއްލައަށް ކުރުމަށް ދަސްކުރަން ޖެހިފަ އެވެ. އަދި ގިނަ ފަހަރަށް ފޫހިވެފައި ހުރުމުގެ ސަބަބުން އަމިއްލައަށް ކަންކަން ތަހުރިބާ ކުރާ މީހުންވެސް މަދެއް ނޫނެވެ. އޭގެ ތެރެއިންވެސް އެންމެ ގިނަ ބަޔަކު އެންމެ ބޮޑު "ރޯޅި"އެއް ބާލާފައިވަނީ އަމިއްލަ ބޮލުގެ އިސްތަށިގަނޑަށެވެ. މި ލޮކްޑައުންގައި އަމިއްލަ އިސްތަށިގަނޑު ކޮށާލީ ކޮން ބައެއް ހެއްޔެވެ؟ މީގެ ކުރީން ދުވަހަކުވެސް އުމުރުގައި ބޯކޮށާ ތަނަކުން ނޫނީ ސެލޫން އަކުން ނޫން ތަނަކުން ބޯކޮށާފައި ނުވާ އެތައް ބަޔަކުވެސް ވަނީ ލޮކްޑައުންގައި ވަރަށް ހިތްވަރުގަދަކޮށްލާފަ އެވެ. އަމިއްލައަށް ކަތުރާއި ޓްރިމަރު ހިފައިގެން ބޯކޮށި މީހުން މަދެއް ނޫނެވެ. މިއީ ރާއްޖޭގެ އެކަނި އާދައެއް ނޫނެވެ. ދުނިޔޭގެ އެތައް ބަޔަކު ވެސް މިދިޔަ ދެ މަހެއްހާ ދުވަސް ތެރޭ ބޯކޮށީ ގޭގައި ތިބެގެން އެ މީހުން އަމިއްލަ އަށެވެ. އިސްތަށިގަނޑަށް ލޮކްޑައުންގެ ރުޅި ބާލަމުންދާއިރު އޭގެ ސަބަބުން އިސްތަށިގަނޑު ހަޑިވެފައިވާ މީހުން މަދެއް ވެސް ނޫނެވެ. އެގޮތުން ކުރިމަތިން އިސްތަށިގަނޑު ރީތިކޮށް ކޮށާލެވިފައި ހުރިއްޔާ ފަހަތުން ބަލާލަން ނުކުރެވޭ ވަރު ވެދާނެ އެވެ. ލޮކްޑައުންގައި ޒުވާން އަންހެނުންގެ މެދުގައި މަގުބޫލުވެފައިވަނީ އިސްތަށިގަނޑު ކުރުކޮށްލުމެވެ. ބޮބް ކަޓް ޖައްސާލުމެވެ. ލޮކްޑައުން އާއެކު އިސްތަށިގަނޑު އަމިއްލަ އަށް ކޮށުން ވަނީ އާންމުވެފައި -- "އަސްލު ރަށްޓެހިންތަކެއް އެކީގައި ވިސްނާފައި ކުޑަކޮށް ކުރުކޮށްލީ. އެއްބައި ކުދިން ކޮށާލި ކަނދުރާއާ ހަމައަށްވެސް،" "ސަން" އާ ވާހަކަ ދެއްކި ޒުވާނަކު ބުންޏެވެ. ޒުވާން ފިރިހެނުންގެ މެދުގައި މި ދުވަސްކޮޅު އެންމެ މަގުބޫލީ ބަޒްކަޓް އެވެ. ނުވަތަ ޒީރޯ އެއް ޖައްސާލުމެވެ. ގިނަ އަދަދެއްގެ ޒުވާނުން އަންނަނީ ލޮކްޑައުން އާ ގުޅިގެން ޓްރިމަރު ޖައްސާލައި އިސްތަށިގަނޑު އެއްކޮށް ތުނިކުރަމުންނެވެ. "އަސްލު މި ވިސްނާ ގޮތަކީ، ކިތައްމެ ހަޑިކޮށް އިސްތަށިގަނޑު ކޮށާލެވިފައި ހުރިނަމަވެސް، މި ލޮކްޑައުން ނިމެންވާއިރަށް އިސްތަށިގަނޑު ކޮންމެވެސް ވަރަކަށް ދިގުވާނެ ކަމަށް،" އިތުރު ޒުވާނެއް ބުންޏެވެ. އޭނާ ބުނިގޮތުގައި، ދައްތަ ލައްވާ ބޯކޮށަން ވިސްނި ކަމަށެވެ. އެހެންނަމަވެސް ބަލާލަން ނުކެރޭ ވަރަށް އިސްތަށިގަނޑު ހަޑިވެދާނެތީ އެންމެފަހުން އަމިއްލައަށް ޓްރިމަރު ޖައްސައި އެއްކޮށް ކޮށާލީ ކަމަށް އެނާ ބުންޏެވެ. ލޮކްޑައުންގައި އެކި މީހުން ބޯކޮށަނީ އެކި ސަބަބާ ހުރެ އެވެ. ބައެއް ޒުވާނުން ބުނެފައިވާ ގޮތުގައި ލޮކްޑައުންގެ ސަބަބުން ކުރާ ނަފްސާނީ ދުޅަހެޔޮ ކަމަށް ކުރާ އަސަރުތައް ކުޑަކޮށް އަރައިގަތުމަށްވެސް އިސްތަށިގަނޑު ކޮށާލާފައިވެ އެވެ. ލޮކްޑައުން އާއެކު އިސްތަށިގަނޑު އަމިއްލަ އަށް ކޮށުން ވަނީ އާންމުވެފައި -- އެހެންވީއިރު ގޭގައި ތިބެގެން ބޯކޮށާއިރު ވިސްނަންވީ ކޮންކޮން ކަންކަމަކަށް ހެއްޔެވެ؟ އަމިއްލަ އިސްތަށިގަނޑު ކޮށުމަކީ އެއްވެސް މީހަކު ހަގީގަތުގައި ބޭނުންވާނެ ގޮތެއް ނޫނެވެ. ނަމަވެސް ގޮތެއް ނެތުމުން އަމިއްލަ އިސްތަށިގަނޑުވެސް ކޮށާ ފަހަރު އަންނާނެ އެވެ. އަމިއްލައަށް އިސްތަށިގަނޑު ކޮށާއިރު ސަމާލުކަން ދެވިދާނެ ބައެއް ކަންތައްތައް އެބަހުއްޓެވެ. ޓްރިމް ކުރުން މި ދުވަސްވަރަކީ ކޮންމެހެން މޮޅެތި ސްޓައިލްތައް އިސްތަށިގަނޑަށް ގެނައުން މުހިއްމު ދުވަސްވަރެއް ނޫނެވެ. އެހެންކަމުން އެންމެ ބޮޑު އިސްކަމެއް ދޭންވީ ސްޓައިލްކޮށްލުމުގެ ބަދަލުގައި އިސްތަށިގަނޑު ކޮންމެވެސް ވަރަކަށް ތުނިކޮށްލުމަށެވެ. އެގޮތުން ދުވަސްވީ އިސްތަށިތައް ކޮށާލައި އަލުން އިސްތަށި ފެޅުމަށް ޓްރިމަރުން ނަމްބަރެއް ނަގައި އިސްތަށިގަނޑު އެއްވަރަކަށް ތުނިކޮށްލެވިދާނެ އެވެ. ލޮކްޑައުން ނިމުމުން އިސްތަށިގަނޑު ސްޓައިލް ޖައްސަން ބޯކޮށާތަނަކަށް ދެވިދާނެ އެވެ. އިސްތަށިގަނޑު އެއްކޮށް ކޮށާލާނަމަ، ކަންތައްތައް ކުރެވިދާނެ ގޮތްތަކެއް ވެސް އެބަ ހުއްޓެވެ. އިސްތަށިގަނޑު ކުޑަކޮށް ތެތްމާލުން އިސްތަށިގަނޑު ކޮށާލަން ނިންމާފައިވާ ނަމަ، އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ އިސްތަށިގަނޑު ކުޑަކޮށް ތެތްމާލުން ކަމަށް އެކަމުގެ މާހިރުން ބުނެ އެވެ. އިސްތަށިގަނޑު ކުށަކޮށް ތެއްމާލަނީ، އެ ކޮށާއިރު އޮމާންކޮށް އެއްވަރެއްގައި އިސްތަށިގަނޑު ބެހެއްޓުމަށެވެ. އިސްތަށިގަނޑު ތެތް ނޫން ނަމަ ބައެއް ފަހަރު ޓްރިމަރުގައި އިސްތަށިގަނޑު އަޅައިގަތުމާއި އެކި ވަރުވަރަށް އިސްތަށިގަނޑު ކޮށުން އެކަށީގެންވެ އެވެ. ފަށާނީ ކަނދުރާއިން އިސްތަށިގަނޑު ކޮށަން ފަށާއިރު ކަނދުރާއާ ދިމާލު، ބޮލުގެ ފުރަގަހުން ފެށުން މުހިއްމު ކަމަށް ބޯކޮށާމީހުން ބުނެ އެވެ. ކަނދުރާއާ ދިމާލުން އަމިއްލައަށް އިސްތަށި ކޮށުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެހެންކަމުން މީހަކު ލައްވާ ކަނދުރާ އާ ދިމާލުން އިސްތަށި ކޮށުން ރަނގަޅުވާނެ އެވެ. އެއްވެސް މީހަކު ނެތް ނަމަ ދެ ލޯގަނޑު ބޭނުންވާނެ އެވެ. އެއީ ބޮޑު ލޯގަނޑަކާއި އަތުން ހިފަހައްޓާލެވޭނެ ވަރުގެ ކުޑަ ލޯގަނޑެކެވެ. ބޮޑު ލޯގަނޑަށް ފުރަގަސް ދީގެން ކުޑަ ލޯގަނޑު އަތަށް ލައިގެން އެ ލޯގަނޑުން ބޮލުގެ ފަހަތް ބަލާލެވިދާނެ އެވެ. ދެން ކަންފަތް ކައިރި ކަނދުރާ އާއި ފަހަތް ހިތްހަމަ ޖެހޭ ވަރަށް ކޮށާލުމުން ކަންފަތް ކައިރިން ކޮށާލެވިދާނެ އެވެ. އަދި އެއަށްފަހު މަޑުމަޑުން މައްޗަށް ތުނިކުރަމުން ގެންދެވިދާނެ އެވެ. އާންމުކޮށް ކަންފަތް ކައިރީ ސަރަހައްދު ފަހަތަށްވުރެ ކުރުވާނެ އެވެ. އެހެންކަމުން ދެ ފަރާތް އެއްވަރު ނޫން ނަމަ ކަންފަތް ކައިރިން ތުނި ކުރި ވަރަށް ފަހަތް ތުނި ކުރެވޭނެ އެވެ. އޭރުން ވަށައިގެން އެއްވަރަކަށް އިސްތަށިގަނޑު ހުންނާނެ އެވެ. ދެން އޮންނާނީ އިސްތަށިގަނޑުގެ މެދެވެ. މިއީ އާންމުކޮށް އެހެން ހިސާބުތަކަށްވުރެ ދިގު ބައެކެވެ. އެހެންކަމުން މި ބައި ތުނިކުރާއިރު ކަތުރެއްވެސް ބޭނުންކުރެވިދާނެ އެވެ. ނަމަވެސް ފަސޭހައިން އެއްވަރު ކުރަން ބޭނުން ނަމަ ޓްރިމަރުވެސް ޖައްސާލެވިދާނެ އެވެ. އެހާ ހިސާބުން ތިހުރީ ބޯކޮށިފަ އެވެ. ލޮކްޑައުންގައި ބޯކޮށާލައިގެން ހަމަ ގައިމުވެސް މަޖާ ކަންތައްވެސް ވެފައި ހުންނާނެ ކަން ޔަގީނެވެ. އެ ވާހަކަތައް ހިއްސާކޮށްލާށެވެ.
ފުރަބަންދުގައި ބޯކޮށާލީ ކޮންބައެއް؟
އަލްމަރުހޫމު ހުސައިން ސަލާހުއްދީން ލިޔުއްވި "ދިވެހީންގެ ވާހަކަ" ކިޔާ ފޮތުގައި ވާގޮތުން ދިވެހިރާއްޖެއަށް ބަނބުކެޔޮ ތައާރަފުކުރެއްވީ މީލާދީން 1766 އިން 1773އަށް ރާއްޖޭގެ ރަސްކަން ކުރެއްވި ސުލްތާން މުހައްމަދު ޢިޔާސުއްދީނެވެ. އެމަނިކުފާނު ރާއްޖެއަށް ބަނބުކެޔޮ ގެންނެވީ އިންޑިއާއިން ކަމަށްވެ އެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ބަނބުކޭލުން ކާނާ އުފެއްދި ރަށްތަކުގެ ތެރޭގައި ފުވައްމުލަށް ހިމެނެ އެވެ. އެއީ އެ ރަށު ދޫޑިގަމު އެދުރުމަނިކުފާނަށް ސުލްތާން ޢިޔާސުއްދީން ހަދިޔާއެއްގެ ގޮތުގައި ދެއްވި ބަނބުކެޔޮ ގަހަކުން ހެދުނު ބަނބުކޭލުން ކަމަށް ބުނެ އެވެ. އެކަމެއް ހިނގިތާ މިހާރު 250 އެއްހާ އަހަރު ވެދާނެ އެވެ. މިހާރު ބަނބުކޭލަކީ ދިވެހީންނާ ވަރަށް ބޮޑަށް ގުޅި، ދިވެހީންގެ ކެއުން ބުއިމުގެ ސަގާފަތުގެ ތެރެއަށް ވަދެފައިވާ އެއްޗެކެވެ. ފެނު ކައްކައިގެންނާއި، ރިހަ ކައްކައިގެންނާއި، ތެލުލައިގެން ބަނބުކޭލުން ތަފާތު ވަައްތަރުތަކުގެ ކާނާ އުފައްދަ އެވެ. އަދި އެއީ ދިވެހީންގެ މުސްތަގުބަލާ ގުޅިފައިވާ އެއްޗެކެވެ. ފުޑް ސެކިއުރިޓީގައި މުހިންމު ރޯލެއް މި ދުވަސްވަރު ކޮރޯނާވައިރަސް މުޅި ދުނިޔޭގައި ފެތުރިފައިވާއިރު އެކި މާކެޓުތަކުން ރާއްޖެއަށް އިމްޕޯޓު ކުރާ މޭވާ، ތަރުކާރީ، ކާޑު އަދި އެހެނިހެން ކާނާގެ ބާވަތްތައް މަދުވާނެ ކަމުގެ ބިރުވެރިކަން އެބަ އޮތެވެ. އެހެންކަމުން މި ދުވަސްވަރަކީ ރާއްޖެއިން ކާނާގެ ޔަގީންކަން ހޯދައި، އަމިއްލަ ފައިމައްޗަށް ތެދުވާން ތެޅިފޮޅެމުންދާ ދުވަސްވަރެކެވެ. ކާނާ ޔަގީންކުރުމަކީ ހަމައެކަނި ހައިހޫނުކަން ފިލުވާލާ ކެއުމެއް ނޫނެވެ. އެއީ އެއަށް ވުރެ މާ ފުޅާ ކަމެކެވެ. އެންމެ އާދައިގެ ގޮތަކަށް ބުނާ ނަމަ ކާނާ ޔަގީން ކުރުމަކީ ހަށިގަނޑަށް ފައިދާ ހުރި ކާނާގެ ބާވަތްތައް އަމިއްލައަށް ހައްދައިގެން އެހެން ބަޔަކަށް ބަރޯސާ ނުވެ ދިރިއުޅެވޭ ވަރު ވުމެވެ. މި އަމާޒަށް ރާއްޖެ ވާސިލުވުމަށް ބަނބުކޭލުގެ ދައުރު ވަރަށް ބޮޑެވެ. ބަނބުކެޔޮ ގަހެއްގައި އަޅާފައި ހުރި ބަނބުކެޔޮތަކެއް: ގިނައިން ބަނބުކެޔޮ ހެދެނީ އަހަރަކު އެއްފަހަރު އަންނަ މޫސުމެއްގައި -- ސަން ފޮޓޯ ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އޮފް އެގްރިކަލްޗާ އިބްރާހިމް ޝަބާއު "ސަން"އަށް ވިދާޅުވި ގޮތުގައި ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރުމަށް ރާއްޖޭގައި ހައްދަން އެންމެ ރަނގަޅު ބާވަތްތަކުގެ ތެރޭގައި ބަނބުކެޔޮ ހިމެނެ އެވެ. އެއީ ބަނބުކޭލަކީ ގިނަ ދުވަހަށް ރައްކާ ކުރެވޭ، އަދި ހަށިގަނޑަށް ވަރަށް ފައިދާ ހުރި އެއްޗަކަށް ވާތީ އެވެ. "ފުޑް ސެކިއުރިޓީ ޕާސްޕެކްޓިވް [ނަޒަރަކުން] އަޅުގަނޑުމެން މި ބުނަނީ ބަލާށޭ، ވީހާވެސް ގިނަ ދުވަހަށް ރައްކާ ކުރެވޭނެ އެއްޗެއް ހައްދަން. އެ އެއްޗަކީ ކެއުމުން ހަކަތަ ލިއްބައިދޭ ބާވަތްތަކެއްތޯ ބަލަން ޖެހޭނެ. އެގޮތަށް އަޅުގަނޑުމެން ބޮޑަށް ފޯކަސް ކުރަނީ ފަލަމަޑީގެ ބާވަތްތަކަށް. ދަނޑިއަލުވި، ކައްޓަލަ، އަލަ، ދެން އަދި ބަނބުކެޔޮ. މި ބާވަތްތަކަށް އަޅުގަނޑުމެން ފޯކަސް ކުރަނީ ފުޑް ސެކިއުރިޓީ އޭންގަލްއަކުން،" ޝަބާއު ވިދާޅުވި އެވެ. ޝަބާއުގެ ނަސޭހަތަކީ ހަނޑުލުގެ ބަދަލުގައި ދިވެހީންގެ އަސާސީ ކާނާއަކަށް ބަނބުކޭލާއި، އަލަ އާއި ކައްޓަލަ ފަދަ ތަކެތި ބޭނުން ކުރުމެވެ. އޭރުން ރާއްޖެއިން ބޭރުން އެތެރެ ކުރަން ޖެހޭ ތަކެއްޗަށް ބަރޯސާވުން ކުޑަވެފައި، މިހާރަށް ވުރެ ބޮޑަށް ދިވެހީންގެ ނިއުޓްރިޝަން ރަނގަޅުވާނެ އެވެ. މި ދުވަސްވަރު ބަނބުކެޔޮ ހެއްދުމާ ބެހޭ ބަހުސެއް ވެސް އެބަ އޮތެވެ. މި ބަހުސް ފެށުނީ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޮންމެ ފަސް އާއިލާއަކަށް ބަނބުކެޔޮ ގަހެއްގެ ނިސްބަތުން ބަނބުކެޔޮ ހެއްދުމުގެ ޕްރޮގްރާމެއް ކައުންސިލްތަކުން ކުރިއަށް ގެންދިޔުމަށް ލަފާ ދިނުމަށް މަޖިލީހުގެ ކްލައިމެޓް ޗޭންޖް ކޮމިޓީއިން ނިންމުމާ ގުޅިގެންގެންނެވެ. އެއާ އެކު، ބަޔަކު އެ ވާހަކަ ދައްކަނީ މަޖަލަކަށް ހަދައިގެންނެވެ. އެކަމަކު ބަނބުކެޔޮ ހެއްދުމަކީ ޖޯކު ޖަހާ ވަރަށް ވުރެ މާ ސީރިއަސް ވާހަކަ އެކެވެ. އެއީ، ރާއްޖޭގެ މުސްތަގުބަލާ އަހަރުމެންގެ ކާބޯތަކެތީގެ ޔަގީންކަމާ ގުޅުން އޮތް ކަމެކެވެ. ދުޅަހެޔޮ ކަމަށް ވަރަށްވެސް މުހިންމު ބަނބުކެޔޮ ގަހަކީ ފޯދި، މޭވާ އަޅަން ފަށަން ހައެއްކަ އަހަރު ނަގާ ގަހެކެވެ. ނަމަވެސް ރަނގަޅަށް ބަަލަހައްޓައިފި ނަަމަ އެ ގަހުން ބައި ގަރުނެއްހާ ދުވަހު ބަނބުކެޔޮ ލިބިލިބި ހުންނާނެ އެވެ. އެ ގަހުން މޭވާ ލިބޭނީ މައިގަނޑު ގޮތެއްގައި އަހަރު އެއްފަހަރު ވަކި މޫސުމެއްގަ އެވެ. އެ ނޫން މޫސުންތަކުގައި ވެސް މަދު މަދުން މޭވާ އަޅާނެ އެވެ. މީގެ އިތުރަށް އެ ގަހަކީ ބިޔަކޮށް ހެދޭ، ހިޔާ ބޮޑު ގަހެކެވެ. ބަނބުކެޔޮ ގަހެއް ހުރެއްޖެ ގޯއްޗެއް ހިޔާ ނުވެ ނުދާނެ އެވެ. ރާއްޖޭގެ ރަށެއްގެ ގޯއްޗެއްގެ ތެރޭގައި ބަނބުކެޔޮ ގަހެއް: ބަނބުކެޔޮ ގަހަކީ ވަރަށް ބިޔަކޮށް ހެދޭ ހިޔާ ބޮޑު ގަހެއް -- ސަން ފޮޓޯ ބަނބުކޭލަކީ ހަށިގަނޑަށް ބޭނުންވާ ކާބޯހައިޑްރޭޓްސް ގިނަ އަދަދަކަށް އެކުލެވިގެންވާ ފަލަމަޑީގެ ބާވަތެކެވެ. އިންސާނާގެ ހަށިގަނޑަށް ނޭދެވޭ އަސަރު ކުރާާ ކޮލެސްޓްރޯލް، ސަރުބީ އަދި ހަކުރުގެ މާއްދާތަށް ބަނބުކޭލުގައި ހިމެނޭ މިންވަރު ނިސްބަތުން ވަރަށް ބޮޑުތަން ކުޑަ އެވެ. ނިއުޓްރިޝަނާ ބެހޭ ގައުމީ ސްޓްރެޓީޖިކް ޕްލޭން 2013-2017ގައި ވާގޮތުން ރާއްޖޭގައި މެލްނިއުޓްރިޝަން ނުވަތަ ހަށިގަނޑު ހެދިބޮޑުވުމަށް ބޭނުންވާ މާއްދާތައް މަދުވުމުގެ މައްސަލަ ވަރަށް ބޮޑެވެ. މޯލްޑިވްސް ޑިމޮގްރެފިކް ހެލްތު ސާވޭ، 2016 އިން ދައްކާ ގޮތުގައި ރާއްޖޭގައި ފަސް އަހަރުން ދަށުގެ ކުދިންގެ ތެރެއިން އެކަށީގެންވާ ވަރަށް ވުރެ ބަރުދަން ލުއި ކުދިންގެ ނިސްބަތަކީ 15 ޕަސެންޓެވެ. އަދި އިސްކޮޅާ އަޅާބަލާއިރު ބަރުދަން ލުއި ކުދިންގެ ނިސްބަތަކީ ނުވަ ޕަސެންޓެވެ. އެ ސާވޭއިން ދެއްކި ގޮތުން ރާއްޖޭގެ 64 ޕަސެންޓު އަންހެނުންނަކީ ދަނގަނޑުގެ ބައި ހުންނަން ޖެހޭ ވަރަށް ވުރެ މަދުވުމުން އެނީމިކް މީހުންނެވެ. މި އަދަދުތައް މަދު ކުރެވެން އޮތީވެސް ބަނބުކެޔޮ ފަދަ ސިއްހަތަށް ރަނގަޅު ކާނާ ކެއުމުގައި ހިމަނައިގެންނެވެ. ހަވާއީގެ ޑިޕާޓްމަންޓް އޮފް އެގްރިކަލްޗާ އިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ހުދު ހަނޑުލާއި އަލުތްވަށް ވުރެ ވެސް ބަނބުކޭލުގައި ނިއުޓްރިޝަންގެ ހުރިހާ ބާވަތެއް ވެސް ގިނަ އެވެ. ދިވެހީންގެ ކެއިން ބުއިމުގައި ބަނބުކެޔޮ ބޭނުން ކުރަން މުހިންމުވާ ސަބަބުން ސައިންސުން މިއޮތީ ބުނެދީފަ އެވެ. ބަނބުކެޔޮ، ހުދު ހަނޑޫ، އަދި އަލުވީގެ 100 ގްރާމުގައި ނިއުޓްރިޝަންގެ އެކި މާއްދާތައް ހިމެނޭ މިންވަރު -- ޓޭބަލް/ ފިޝަރީޒް މިނިސްޓްރީގެ ބަނބުކެޔޮ ލީފްލެޓް (2009) އިންދާނެ ގޮތް ރާއްޖޭގައި ބަނބުކެޔޮ ގަސް ހައްދައި އުޅެނީ، ބަނބުކެޔޮ ގަހުގެ މޫތަކުގައި ފަޅާ ނިރުތައް ނަގައިގެން އެ އެހެން ތަންތަނުގައި އިންދައިގެންނެވެ. ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީއިން 2009 ވަނަ އަހަރު ނެރުނު ބަނބުކޭލާ ބެހޭ ލީފްލެޓެއްގައިވާ ގޮތުން ބަނބުކެޔޮ ގަސް ހައްދާއިރު މާ ބޮޑަށް ހެދިފައި ހުރި ނިރެއް ނަގައިގެން އިންދުން ރަނގަޅެއް ނޫނެވެ. އެންމެ ރަނގަޅުވާނީ ތިން ފަތާއި ފަސް ފަތާއި ދެމެދުގެ އަދަދަކަށް ފަތް ހެދިފައި ހުރި ނިރެއް ނަގައިގެން އިންދުމެވެ. އަދި އެގޮތަށް ނިރު ނަގައިގެން އިންދާއިރު، ގަސް ރޯވަންދެން ގަހަށް ކޮންމެވެސް ވަރަކަށް ހިޔަލެއް ދޭން ޖެހޭ ކަމަށް މިނިސްޓްރީއިން އިރުޝާދު ދީފައިވެ އެވެ. ނިރު އިންދުމަށްޓަކައި ތައްޔާރު ކުރާނީ ދެ ފޫޓު ދެ ފޫޓު، ފުންމިނުގައި ގާތްގަނޑަކަށް ދޮޅުފޫޓު ހުންނަވަރުގެ ވަޅުގަނޑެކެވެ. ވަޅުގަނޑުގައި ނިރު އިންދުމުގެ ކުރިން، ތިން ވެއްޔަށް، އެއްކާދުގެ މިންގަނޑުން އެއްކުރުމަށްފަހު ފަސްގަނޑު ޖަހާލާފައި މަދުވެގެން 42 ގަޑިއިރު ބަހައްޓާލުން ރަނގަޅެވެ. އަވަހަށް ފީވެ ހަލާކުވާ ޒާތުގެ ފަތްފަދަ ތަކެތި އަޅާ ފަސްގަނޑާ އެއްކޮއްލުމަށް ފަހު ގާތްގަނޑަކަށް 14 ހަފްތާވަންދެން ބަހައްޓާފައި އެތަނުގައި ނިރު އިންދުމަކީ ވަގުތު އޮތް ނަމަ ކޮށްލުން ރަނގަޅު ކަމެކެވެ. ބަނބުކެޔޮ ގަހެއްގައި އަޅާފައި ހުރި ބަނބުކެޔޮތަކެއް: ގިނައިން ބަނބުކެޔޮ ހެދެނީ އަހަރަކު އެއްފަހަރު އަންނަ މޫސުމެއްގައި -- ސަން ފޮޓޯ ލޮނުގެ އަސަރު ކުޑަ ސަރަހައްދުތަކުގައި ބަނބުކެޔޮ ގަސް ވަރަށް ފަސޭހައިން ހެދޭނެ އެވެ. ގަސް ހެއްދުމަށް އެންމެ އެކަށީގެން ވަނީ ބިންގަނޑު މުއްސަނދި، އަވަހަށް ފެން ހިނދޭ ފަދަ ބިމެއްގަ އެވެ. ގިނަ ވަގުތު ފެން ނުހިނދި ހުންނަ، ފެންބޮޑުވުމުގެ ފުރުސަތު ބޮޑު ބިންތަކުގައި ބަނބުކެޔޮ ހެއްދުމަށް އުނދަގޫވާނެ އެވެ. ގަސް އިންދާއިރު ގޯއްޗެއްގައި ނަމަ ރަނގަޅީ ގެއާ ދުރު ހިސާބެއްގައި އިންދުމެވެ. އެއީ ބަނބުކެޔޮ ގަހަކީ އޭގެ މޫތަށް ވަރަށް ބޮޑަށް ފެތުރޭ ގަހެއް ކަމުން، އެ މޫތަކުގެ އަސަރު ގޭގެ ފާރުތަކަށްކޮށް ގެއްލުންވެދާނެ އެވެ.
ބަނބުކެޔޮ މުސްތަަގުބަލާ ގުޅިފައި، މިއީ ސަމާސާއެއް ނޫން!
މަހަލްދީބް ފައުންޑޭޝަނުގައި ރަޖިސްޓްރީވެފައިވާ އާއިލާތަކަށް ހިލޭ ސާބަހަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ މަޝްރޫއެއް ފަށައިފި އެވެ. "ގިފްޓް އަ ސްމައިލް ފުޑްބާސްކެޓް"ގެ ނަމުގައި ފެށި މި ޕްރޮޖެކްޓުގެ ދަށުން އެއް މަސް ދުވަހަށް ވާ ވަރަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް އެ ޖަމްއިއްޔާ އިން ވަނީ ނިންމާފަ އެވެ. މި މަޝްރޫއުގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ހަތަރު ކެޓަގަރީއަކުންނެވެ. 1. އެކަނިވެރި މައިން (އުމުރުން 18 އަހަރުން ދަށުގެ ކުދިން ބަލަމުންދާ އެކަނިވެރިން މައިން) 2. ހާއްސަ އެހީއަށް ބޭނުންވާ މީހުން ހިމެނޭ އާއިލާތައް (ޖިސްމާނީ ނުވަތަ ނަފްސާނީ ގޮތުން ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން ކަންކަމުގައި ބައިވެރިވެ އުޅުމާއި، ހަރަކާތްތެރިވެ އުޅުމުގައި ދަތިތަކެއް ދިމާވާ ފަރާތްތައް ހިމެނޭ އާއިލާތައް) 3. ޔަތީމުން ބަލާ އާއިލާތައް (ބައްޕަ ނިޔާވެފައިވާ އުމުރުން 15 އަހަރުން ދަށުގެ ކުދިން ހިމެނޭ އާއިލާތައް) 4. ދަށް އާމްދީ ލިބޭ އާއިލާތައް (ގޭބިސީއެއްގައި ދިރިއުޅޭ މީހުންގެ ޖުމުލަ އާމްދަނީން ބޮލަކަށް ޖެހޭ މިންވަރު 1300ރ އަށްވުރެ މަދު ނުވަތަ ގޭބިސީތަކަށް ލިބޭ ޖުމުލަ އާމްދަނީގެ 80 ޕަސެންޓު ކުއްޔާއި ބޭސްފަރުވާއަށް ހަރަދުކުރާ އާއިލާތައް) މަހަލްދީބް ފައުންޑޭޝަނުން ބުނީ މިއީ މި މަޝްރޫއު ހިންގާތާ ފަސްވަނަ އަހަރު ކަމަށާއި އެ ޖަމިއްޔާގެ ދަފްތަރުގައި މިހާރު ވެސް 250 އާއިލާއެއް ރަޖިސްޓްރީވެފައިވާ ކަމަށެވެ. މި އާއިލާތަކުގެ ހާލަތު ލިޔެކިޔުންތަކުގެ އެހީގައި ކަށަވަރުކޮށްފައިވާ ކަމަށާއިޖެންޑާ މިނިސްޓްރީއާ އެ މައުލޫމާތު ހިއްސާކުރުމުން އެ މިނިސްޓްރީއިން ވެސް އެކަން ބަލައިގެންފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ. އެހެން ނަމަވެސް އާ އާއިލާތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު މި ދުވަސްވަރު ހުޅުވާލާފައި ނުވެ އެވެ. މި މަޝްރޫއުގެ ތެރެއިން މިހާތަނަށް 340 އަށްވުރެ ގިނަ އާއިލާއަކުން 2000އަށް ވުރެ ގިނަ މީހުންނަށް ތިންލައްކަ ރުފިޔާއަށްވުރެ އަގުހުރި ތަކެތި މަހަލްދީބް ފައުންޑޭޝަނުން ވަނީ ހަދިޔާކޮށްފަ އެވެ. އެޖަމިއްޔާގެ އަމާޒަކީ ކުރިއަށް މި އޮތް ފިތުރު އީދު އައުމުގެ ކުރިން އެ ޖަމިއްޔާގެ ދަފްތަރުގައި ހިމެނޭ އާއިލާތަކަށް އެއްމަސް ދުވަހުގެ ކާބޯތަކެތި ފޯރުކޮށްދިނުމެވެ. މަހަލްދީބް ފައުންޑޭޝަނަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން ފައިސާ ޖަމާކުރާނީ އެ ޖަމިއްޔާގެ އެމްއައިބީ އެކައުންޓް ނަންބަރު 99010155500013100 އަށެވެ. މަހަލްދީބް ފައުންޑޭޝަނާއި ގިފްޓް އަ ސްމައިލް ފުޑްބާސްކެޓް މަޝްރޫއާ ބެހޭ އިތުރު މައުލޫމާތު އެ ޖަމިއްޔާގެ ފޭސްބުކް ޕޭޖުން ވެސް ބަލައިލެވޭނެ އެވެ.
މަހަލްދީބް ފައުންޑޭޝަނުން އެއްމަސް ދުވަހުގެ ކާބޯތަކެތީގެ ހިލޭ އެހީ ޕެކޭޖެއް
މިދުވަސްވަރު އަހަރެމެން ތިބެން ޖެހިފައިމިވަނީ ގޭގައެވެ. ގެއިން ބޭރަށް ނުކުތުމާއި ވަޒީފާއަށް ދއުންފަދަ ހުރިހާކަމެއްވެސް މި ދަނޑިވަޅަށް މިއޮތީ މަނާވެފައެވެ. އެއާއެކު އެއްބަޔަކަށް މިއީ ނިދަން ލިބޭ ރަނުގެ ފުރުސަތަކެވެ. ރޭގަނޑު ފަތިސް ވަންދެން ހޭލާ ތިބުމަށްފަހު ލޯހުޅުވެނީ އަސްރުވާއިރެވެ. މި ނުބައި އާދަ އެތަށް ބައެއްގެ ކަށީގައި ހަރުލަމުންދާއިރު މިފަދައިން ހިފާ ރޯދައެއްގެ ޘަވާބާއި ދަރުމަ އެމީހަކަށް ހައްގުވާނެ ބާވައެވެ؟ ރޯޑަ ސުންބުލީގެ މިއަދުގެ ސުވާލަކީ މިއީއެވެ. އުސްތާޒާ ސާމިޔާ ޒަކަރިއްޔާމިވަނީ މިކަމަށްވެސް ފުރިހަމަ ޖަވާބެއް ދެއްވާފައެވެ. ސ: ރޯދަމަހު ދުވާލުއެއްކޮށް ނިދާ މީހާގެރޯދަ ރަނގަޅުވާނެތަ؟ ޖ: ރަމަޟާން މަހުގެ ރޭގަނޑު ވަރަށް ލަސްވެންދެން ހޭލާ ތިބުމަކީ ޒުވާނުންގެ މެދުގައި ހާއްސަކޮށް ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. ރަމަޟާންމަސް ނޫނަސްވެސް މިއީ އާންމު މަންޒަރެކެވެ. އެއާޢެކު ދުވާލުގެ ވަރަށް ގިނަވަގުތު ހޭދަކުރެވެނީ ނިދުމުގައެވެ. ބައެއްފަހަރު އަސްރަށްވުރެ ފަހުންވެސް ހޭލެވޭތަން އާދެއެވެ. އެހެންނަަމަވެސް ރަމަޟާންމަހަކީ އަޅުކަމަށް ހާއްސަވެގެންވާ މައްސަރެއްކަން ހަނދާނުގައި ބަހައްޓަންޖެހެއެވެ. ރޭގަނޑުގެ ގިނަވަގުތުތަކެއް ހޭލާތިބިކަމުގައިވިޔސް އެވަގުތުތަކުގައިވެސް އަޅުަކަންކުރުމަށް އިސްކަންދޭންޖެހެއެވެ. އަދި ދުވާލުގެ ވަގުތުތަކުގައި ނިދިކަމުގައިވިޔަސް ނަމާދުގެ ވަގުތުތަކަށް ރައްކާތެރިވާންޖެހެއެވެ. އެހެންކަމުން އެހާގިނަ ވަގުތު ނިދުމަކީ ރޯދައިގެ މަގްސަދުވެސް ގެއްލޭ ނޭދެވޭ ކަމެކެވެ. ހަގީގަތުގައި ރޯދަމަހު ނަމާދުނުކޮށް ހިފާ ރޯދައަކުން ހަގީގީ ޘަވާބެއް އަޅުގަނޑުމެންނަކަށް ނުލިބޭނެއެވެ. އެންމެ މާތް އަޅުަކަމަކީ ނަމާދުކުރުން ކަމުގައިވާއިރު، ނަމާދުނުކޮށް ކުރާ އަޅުކަމެއް މާތް ﷲ ގަބޫލްނުކުރައްވާނެކަމަށް ހަދީޘުންވެސް ސައްޚަމަގުން އެނގެއެވެ. އެހެންކަމުން ނަމާދުނުކޮށް ހުރެ ރޯދަމަހު ދުވާލު ހަތަރުދަމު ބަނޑުހައިހޫނުކަން މަތީ ތިބުމުގެއެއްވެސް މާނައެއް ނެތެވެ. އަދި އަމުދުން ނަމާދުނުކޮށް ނިދަން ތިބުމަކީ ވަރަށް ގޯސް އަމަލެކެވެ. އެހެންކަމުން ވީވަރަކުން ނަމާދަށް ރައްކާތެރިވެ ހިފާ ރޯދައަކުން އޭގެ ފުރިހަމަ ޘަވާބު ލިބޭނެ އެވެ.
މުޅި ދުވަހު ނިދަނީ، ރޯދަ ރަނގަޅުވާނެތަ؟
މިހާރު ހުރި ލޯކަލް ކައުންސިލްތަކުގެ ދައުރު އަންނަ މަހުގެ ތިން ވަނަ ދުުވަހު ހަމަވާއިރު، އެކަމަށް ހައްލެއް ހޯދައި ދިނުމަށް ކުރިއަށް މިއޮޮތް ކުޑަ އީދުގެ ބަންދުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބާއްވައި ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތް ނިންމާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލާއި ގުޅޭ ގޮތުން މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ ބިލްގެ މަސައްކަތް ނިންމުމަށް އަންނަ ހަފްތާގެ 26،27 އަދި 28 ގައި ޖަލްސާތައް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. "އިއްޒަތްތެރި މެންބަރުން މިކަމުގައި ދެކިވަޑައިގަންނަވާ ގޮތް އެއީ އަޅުގަނޑާއި ގުޅުންހުރި ކަމެއް ނޫން. އަޅުގަނޑު މި ދަންނަވާ ވާހަކައަކީ އިރާދަކުރެއްވިއްޔާ 28 ވަނަ ދުވަހާއި ހަމައަށް ކޮންމެވެސް ގޮތެއް އަޅުގަނޑު ނެރެދޭނެމޭ. ދެން އެއީ ކޮން ގޮތެއް ކަމެއް. ގާނޫނު އަސާސީ އިސްލާހުވުންތޯ ނުވުން ތޯ އިސްލާހު ކޮން ގޮތަަކަށްވުން ތޯ އެ އެއް ނިންމަވާނީ އިއްޒަތްތެރި މެންބަރުން. އަޅުގަނޑު މަސައްކަތް ކުރާނަން މީގެ ނިންމުމަކަށް ގެންދިއުުމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ. ކަލަންޑަރުން ދައްކާ ގޮތުން ޝައްވާލް މަހުގެ އެއްވަނަ ދުވަސް ނުވަތަ ފިތުރު އީދު ދުވަހަކީ 24 ވާ އާދިއްތަ ދުވަހެވެ. އެކަން ޔަގީން ވާނީ ހުކުރު ދުވަހުގެ ރޭގަ އެވެ. ފިތުރު އީދާއި ގުޅިގެން މަދުވެގެން ތިން ދުވަސް ސަރުުކާރު ބަންދުވާނެ އެވެ. އެހެންކަމުން ޖަލްސާތައް ބޭއްވުމަށް ނިންމާފައިވާ އެ ދުވަސްތައް ވަންނާނީ އީދު ބަންދުގެ ތެރެއަށެވެ. ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހަޅާފައި ވަނިކޮށް، ކައުންސިލަރުންގެ ދައުރު ދިގު ދެންމުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ ގާނޫނެއް ހެދުމަށް މަޖިލީހަށް ބިލެއް ހުށަހަޅާފަ އެވެ. ނަމަވެސް އެ ބިލް ފާސްވެ ގާނޫނަކަށް ވި ނަމަވެސް ކައުންސިލަރުންގެ ދައުރު ދިގު ނުދެންމޭނެ ކަމަށް އެޓާނީ ޖެނެރަލާއި މަޖިލިހީހުގެ ކައުންސެލް ޖެނެރަލް އަދި އެހެން ވެސް ގާނޫނީ ވަކީލުން ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
އީދު ބަންދުގައި މަޖިލިސް ބާއްވައި ގާނޫނު އަސާސީއަށް އިސްލާހު ގެންނަނީ
ޅ. ފުށިފަރުގައި ގާއިމުކޮށްފައިވާ ކަރަންޓީނު ފެސިލިޓީގެ އެމްއެންޑީއެފްގެ ކޮމާންޑަރަކަށް އަންހެން ކެޕްޓަނެއް ހަމަޖައްސައިފިއެވެ. ފުށިފަރު ފެސިލިޓީގެ ކޮމާންޑަރަަކަށް ހަމަޖައްސާފައި ވަނީ ކެޕްޓަން ހަނާ މުހައްމަދެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖާ ޖެނެރަލް އިބްރާހިމް އާޒިމް ވިދާޅުވީ މިއީ، ކަރަންޓީނު ފެސިލިޓީއެއްގެ ކޮމާންޑަރުގެ ޕޯސްޓަށް ސިފައިންގެ އަންހެން އޮފިސަރެއް ހަމަޖެހިގެން ދިޔަ ފުރަތަމަ ފަހަރުކަަމަށެވެ. އަދި މިންތީގެ ހަމަހަމަކަމާއެކު ސިފައިންގެ އިން ހިންގާ އޮޕަރޭޝަންތަކުގައި ހުރިހާ ސިފައިން ހަރަކާތްތެރިވާނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. ކޮވިޑް19 އާ ގުޅިގެން ގާއިމުކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކުގައި ސެކިއުރިޓީ ކަންކަން ބަލަހައްޓަނީ ސިފައިންނާއި ފުލުހުންނެވެ.
ކަރަންޓީނު ފެސިލިޓީއަކަށް ފުރަތަމަ ފަހަރަށް އަންހެން ކޮމާންޑަރެއް
ރަމަޟާން މަސް ނިމުމުގެ ކުރިން ފިތުރު ޒަކާތްދެއްކުމަކީ ކުޅަދާނަކަން ލިބިގެންވާ މީހުންގެ މައްޗަށް އޮންނަ ވާޖިބެކެވެ. އީދުނަމާދަށް ދިއުމުގެ ކުރިން އަދާކުރުމަށް އޮންނަ މި ވާޖިބަށް އަންހެނެއް ފިރިހެނެއް އަދި ކުޑަކުއްޖެއް އިސްތިސްނާވުމެއް ނެތެެވެ. ފިތުރު ޒަކާތްދެއްކުން އީދުނަމާދަށްވުރެ ލަސްކުރުމަކީ ހުއްދަކަމެއް ނޫނެވެ. މުސްލިމުންގެ މައްޗަށް އަދާކުރުމަށް ދެ ބާވަތެއްގެ ޒަކާތެއް ވެއެވެ. އެއީ މުދަލު ޒަކާތާއި ފިތުރު ޒަކާތެވެ. ބައެއް ފަރާތްތަކަށް ހީވެފައި އޮންނަގޮތުގައި ފިތުރު ޒަކާތްދެއްކުމުން މުދަލު ޒަކާތްވެސް ފުރިހަމަވީއެވެ. އެހެންނަމަވެސް މިއީ ރަނގަޅު މައުލޫމާތެއް ނޫނެވެ. ފިތުރު ޒަކާތަކީ ރޯދައާއި ގުޅިގެން ނެރެންޖެހޭ ޒަކާތަކަށްވައިރު މުދަލު ޒަކާތަކީ މުދަލާއި ގުޅިގެން ވަކި ނިސާބެއް ހަމަވުމުން ކޮންމެ އަހަރަކު އެއްފަހަރު އަދާކުރަންއޮންނަ ޒަކާތެކެވެ. އިލްމުވެރިންގެ ބަސްފުޅުތަކުން ދޭހަވާގޮތުގައި ފިތުރު ޒަކާތަކީ ރޯދަމަހު އެމީހަކަށް ކުރެވޭ ކުދި ކުށްފާފަތައް ފުއްސަވާ އެމީހެއްގެ ރޯދަ ސާފުކޮށްދޭނޭ ކަމެކެވެ. ރަމަޟާންމަހުގެ ކޮންމެ ދުވަހަކުވެސް ފިތުރު ޒަކާތްދެއްކިދާނެއެވެ. ރާއްޖޭގައި އަމަލުކުރެވޭ އުސޫލަށް ބަލާއިރު، ފިތުުރު ޒަކާތާއި ހަވާލުވެފައިވަނީ ސަރުކާރުގެ ރަސްމީ އިދާރާއަކުންނެވެ. އެހެންކަމުން އެފަދަ އިދާރާއަކުންވެސް ނުވަތަ އަމިއްލައަށްވެސް ޒަކާތް ހައްގުވާ ފަގީރެއް މިސްކީނެއް ދަންނަ މީހުންގެ ތެރޭގައި ހުރެއްޖެނަމަ އެމީހަކަށް ޒަކާތް ދެވޭނެއެވެ. ފިތުރު ޒަކާތާއި ގުޅިގެން ދެން އެންމެ ގިނައިން ކުރެވޭ ސުވާލަކީ، ޒަކާތް ނެރެންޖެހެނީ ފައިސާއިންތޯ ނުވަތަ ކާއެއްޗެހިންތޯ އެވެ. ކީރީތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްގެ ހަޔާތްޕުޅުގައި ޒަކާތްދެވުނީ ކާއެއްޗެހިންނެވެ. ނަމަވެސް މި ޒަމާނުގައި ޒަކާތްހައްގުވާ ފަރާތްތަކުގެ މަސްލަހަތުތައް ފުޅާވެ، ނަގުދު ފައިސާއިންވެސް ޒަކާތްދިނުން އިލްމުވެރިންވަނީ އެކަން ހުއްދަކުރައްވާފައެވެ. ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވީ އެމަނިކުފާނުގެ ޚިޔާލުގައިވެސް ފައިސާއިން ޒަކާތް ދެއްކުމަކީ ޖާއިޒް ނުވަތަ ހުއްދަކަމެކެވެ. އެއީ ބިދުއައެކޭ ނުވަތަ ހަރާމްކަމެކޭ ނުދެންނެވޭނެއެވެ. ސަބަބަކީ އަދުގެ ދުނިޔޭގައި ފަގީރު މީހާއަށް ބޭނުންވެފައިވަނީ ހަމައެކަނި ކާއެއްޗިއްސެއް ނޫނެވެ. އަދި ފިތުރު ޒަކާތް ފަރުޟުކުރެވިފައިވަނީ ފަގީރުންގެ މަސްލަހަތުތަކަށްޓަކައި ކަމުގައިވާތީއާއި އެ މަސްލަހަތަުތައް ފުރިހަމަވަނީ ފައިސާއިންކަމުގައިވާތީ އެއިރެއްގައި އެ މަސްލަހަތުތައް ފުރިހަމަވާނެ ގޮތަކަށް ޒަކާތް ނެރުމަކީ އެންމެ ރަނގަޅުގޮތްކަމަށެވެ. އެހެންކަމުން އުޒުރަކާއި ނުލާ، އީދުނަމާދަށް މީހުން ދިއުމުގެ ކުރިން ފިތުރުޒަކާތް ދައްކަންޖެހޭނެއެވެ. އެހެންކަމުން ޒަކާތަށް ފަރުވަތެރިވުމަކީ ކޮންމެހެންވެސް މިދަނޑިވަޅުގައި ކުރަންޖެހޭ ކަމެކެވެ.
ވަގުތު ފާއިތު ނުވަނީސް، ފިތުރު ޒަކާތް ދެއްކުން އަވަސްކުރޭ
ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމާއި އެކު ކޮށްފައިވާ ފުރަބަންދަށް ލުޔެއް ގެނެސް، ފަތުރުވެރިކަން އަލުން ފެށުމަށް ޓުއަރިޒަމް މިނިސްޓްރީން ތައްޔާރުވަމުން އަންނައިރު އެކަމުގެ ލަފަޔަކަށް ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ. ރާއްޖެ އަލުން ފަތުރުވެރިކަމަށް ހުޅުވާލާއިރު، ޓޫރިސްޓުން ބޭތިއްބުމުގެ ހާއްސަ ހުއްދަ، "ސޭފް ޓޫރިޒަމް ރިސޯޓު ލައިސަންސް" އެއް ދޫކުރުމާއި ރާއްޖެ އަންނަތަނުން ހުރިހާ ޓޫރިސްޓުން ވައިރަހަށް ޓެސްޓް ކުރާ ގޮތަށް ހިމަނާ ރާއްޖޭގެ ޓޫރިޒަމް އަލުން ފެށުމުގެ އުސޫލެއްގެ ޑްރާފްޓެއް ޓުއަރިޒަމް މިނިސްޓްރީން ވަނީ އެކުލަވާލާފަ އެވެ. ޓުއަރިޒަމް މިނިިސްޓަރު އަލީ ވަހީދު ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުމާއި ގުޅޭ ގޮތުން އުސޫލެއް އެކުލަވާލާފައިވަނީ ދުނިޔޭގެ އެހެން ގައުމުތަކުން ވެސް އެކަން ކުރާ ގޮތަށް ޑަބްލިއުއެޗްއޯގެ މިންގަނޑާއި ވެސް އެއްގޮތަށް ކަމަށެވެ. އެހެން ކަމުން އެ މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލަށް މަޖިލީހުން ހުށަހަޅަން ބޭނުންވާ ކަންކަން މި މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން ޓުއަރިޒަމް މިނިސްޓްރީއަށް ފޮޮނުވުމަށް ވަނީ އެދިފަ އެވެ. އެ މައްސަލަ ވަނީ މަޖިލީހުގެ އިގްތިސޯދީ ކޮމެޓީއަށް ދިރާސާ ކުރުމަށް ފޮނުވާފަ އެވެ. މައްސަލަ ދިރާސާ ކުރުމަށް ފޮނުވުމަށްފަހު މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ފަންނީ ފަރާތްތަކުގެ ހިޔާލާއި އެކު އެ މައްސަލައަށް ގޮތެއް ނިންމުމަށް މިއަދު މިއަދަށް މަސައްކަތް ފަށެމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ކޮވިޑް -19 އަށް ފަހު ރާއްޖެ އަލުން ހުޅުވާލުމާ ގުޅޭގޮތުން އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުންނާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ޓޫރިޒަމް މިނިސްޓްރީ އިން އެކުލަވާލާފައިވާ "ސޭފް ޓޫރިޒަމް ގައިޑްލައިން" ޑްރާފްޓުގައި ބުނެފައިވަނީ މި ލައިސަންސް ދޫކުރާނީ ވަކި ޝަރުތުތަކެއް ހަމަވާ ރިސޯޓުތަކަށް ކަމަށެވެ. އެ ޑްރާފްޓް ގައިޑްލައިންގައިވާ ގޮތުން ސޭފް ޓޫރިޒަމް ރިސޯޓްގެ ގެސްޓް ރޫމްތަކުގެ 10 ޕަސެންޓު އައިސޮލޭޝަނަށް ކަނޑައަޅަންވާނެ ކަމަށާއި ސްޓާފުންގެ 10 ޕަސެންޓަށްވާ ވަރަށް ސްޓާފުންނަށް ހާއްސަ ކަރަންޓީނު ނުވަތަ އައިސޮލޭޝަން ފެސިލިޓީ ގާއިމް ވެފައި ހުންނަންޖެހޭނެ ކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން ގެސްޓުންނަށް ހިދުމަތްދޭ ސްޓާފުންނަކީ ޕީޕީއީ އަޅައިގެން ހިދުމަތްދިނުމަށް ތަމްރީނުވެފައި ތިބޭ މީހުންނަށް ވާންޖެހޭނެ ކަމަށާއި ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތަށް ސްޓާފުން ތަމްރީނުވެފައި ތިބެންޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ. އަދި ކޮވިޑް19 އަށް ޝައްކު ކުރެވޭ ކޭހެއް ފެނިއްޖެނަމަ ކަންކުރާނެ ގޮތަށް ސްޓާފުން ތަމްރީނު ކުރެވިފައި ތިބެންޖެހޭނެ ކަމަށާއި ރިސޯޓުގައި އެކަށީގެންވާވަރަށް ޕީޕީއީ (އަންގި މާސްކު، ބޫޓުކަވާ އަދި ގައުން) ހުންނަން ވާނެ ކަމަށް ބުނެފައިވެ އެވެ. ޑްރާފްޓް އުސޫލުގެ އުސްއަލިތައް: ޓޫރިސްޓުން ގެނެވޭނީ، ސޭފް ޓޫރިޒަމް ރިސޯޓް ލައިސަންސް ދޫކުރާ ރިސޯޓްތަކަށް އެކަނި. ލައިސަންސް ފީ 50،000 ޑޮލަރު. ރާއްޖެ ވަނުމުގެ ހުއްދަ ޓޫރިސްޓުންނަށް ދޭނީ، ރާއްޖެ އައުމުގެ ހަތް ދުވަސްކުރިން ހަދާފައިވާ ޕީސީއާރު ޓެސްޓެއްގެ ނަތީޖާ ނުވަތަ އެންޓި ބޮޑީ ޓެސްޓެއްގެ ނަތީޖާ ދެއްކުމުން. ކޮންމެ ޓޫރިސްޓެއްގެ އަތުން ވިސާ ފީއަށް 100 ޑޮލަރު ނަގާނެ. ޓްރެވަލް އިންޝްއަރެންސް ހަދާފައި އޮންނަން ޖެހޭ. ޓޫރިސްޓުން އެއާޕޯޓަށް ފައިބާ ތަނުން ޕީސީއާރު ޓެސްޓް ހަދާނެ. ރިސޯޓްގެ ކޮޓަރިން ނިކުމެވޭނީ ޓެސްޓްގެ ނަތީޖާ ނެގެޓިވްވުމުން. ރިސޯޓްތަކުގައި ހުންނަން ޖެހޭނީ ސެލްފް-ސާވިސް ޗެކިން. ރާއްޖެ އައުމުގެ ހުއްދަ ދެވޭނީ އެންމެ މަދުވެގެން 14 ދުވަހުގެ ޗުއްޓީއެއް ބުކްކުރުމުން. ޖޫންގައި ހުޅުވާލަނީ ސުޕަ ޔޮޓުތަކާއި ޖެޓުތަކުން އަންނަ ޓޫރިސްޓުންނަށް. ކޮމާޝަލް ފްލައިޓުތަކަށް ރާއްޖެ ހުޅުވާލާނީ ޖުލައި މަހު. ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ އޮންލައިންކޮށް ޓޫރިޒަމް ދާއިރާގެ ފަރާތްތަކާ ބައްދަލުކޮށް އެ އުސޫލު އެ ފަރާތްތަކާ ހިއްސާކޮށްފަ އެވެ. އަދި އެ އުސޫލަށް އިންޑަސްޓްރީގެ ހިޔާލަށް މިނިސްޓަރު އެދިވަޑައިގެންނެވިކަން ވަނީ އެނގިފައިވެ އެވެ.
ފަތުރުވެރިކަން އަލުން ފެށުމާއި ގުޅޭ ގޮތުން މަޖިލީހުގެ ލަފަޔަކަށް އެދިއްޖެ
ވިސާ ޖެހުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނަށް ހުށަހަޅާފައިވާ ޕާސްޕޯޓުތައް ދޫކުރަން ފަށައިފިއެވެ. އިމިގްރޭޝަންގެ ތަރުޖަމާނު ހަސަން ޚަލީލް މިރޭ "ސަން" އަށް ވިދާޅުވީ މިހާރު ދޫކުރަމުން ދަނީ ކޮވިޑް-19 އާ ގުޅިގެން ފުރަބަންދު ކުރުމުގެ ކުރިން ވިސާ ޖެހުމަށް ހުށަހަޅާފައިވާ ޕާސްޕޯޓުތައް ކަމަށެވެ. ފުރަބަންދުގެ މުއްދަތުގައި ވިސާއަށް އެދުމުގެ ފުރުސަތު އަދި ދީފައެއް ނުވެއެވެ. ޚަލީލް ވިދާޅުވީ ޕާސްޕޯޓް ދޫކުރަން ފެށީ އިއްޔެ ކަމަށާއި އިއްޔެ އެކަނި 164 ޕާސްޕޯޓް ދޫކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ވޯކް ވިސާއަށް ހުށަހެޅި 150 ޕާސްޕޯޓާއި އެހެނިހެން ވިސާތަކަށް ހުށަހަޅާފައިވާ 9 ޕާސްޕޯޓެވެ. މިއަދު 94 މީހެއްގެ ޕާސްޕޯޓް ދޫކޮށްފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ވޯކް ވިސާއަށް ހުށަހަޅާފައިވާ 85 ޕާސްޕޯޓާއި ޑިޕެންޑެންޓް ވިސާއަށް އެދި ހުށަހަޅާފައިވާ 9 ޕާސްޕޯޓު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "ސަން" އަށް އެނިގިފައިވާ ގޮތުގައި މިދިޔަ ހަފްތާގައި ރާއްޖެ އައި އިންޑިއާގެ މަނަވަރުން 202 މީހަކު އަނބުރާ ގައުމަށް ގޮސްފައިވެއެވެ. އަދި އަންނަ ހުކުރު ދުވަހު އިންޑިއާގެ މަނަވަރަކުން ރާއްޖޭގައި ތިބި އެގައުމުގެ ގިނަ އަދަދެއްގެ ބަޔަކު ގެންދިޔުމަށް ވެސް ހަމަޖެހިފައިވެއެވެ. މީގެއިތުރުން ހަމައެދުވަހު ޔޫރަޕަށް ވެސް ރާއްޖޭގައި ތާށިވެފައި ތިބި ގިނަ އަދަދެއްގެ ފަތުރުވެރިންނާއި ރާއްޖޭގައި ތިބި ޔޫރަޕްގެ މަސައްކަތްތެރިން ގެންދިޔުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ވިސާ ޖަހަން އިމިގްރޭޝަނަށް ހުށަހަޅާފައިވާ ޕާސްޕޯޓްތައް ދޫކުރަން ފަށައިފި
ރާއްޖެއިން ކޮވިޑް19 ޖެހުނު އިތުރު ފަސް މީހަކު ރަނގަޅުވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ކޮވިޑް19 ޑޭޝްބޯޑުގައި ބުނެފައި ވަނީ މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 91 މީހަކު ރަނގަޅުވެފައިވާ ކަމަށެވެ. ރޭ އެންއީއޯސީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައިވަނީ 86 މީހުން ރަނގަޅުވެފައިވާ ކަމަށެވެ. ފަހުން ބަލިން ރަނގަޅުވި މީހުންގެ ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ. ރާއްޖެއިން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 1،143 އެވެ. އޭގެ ތެރެއިން މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 1،051 އެވެ. އަދި ބަލި ޖެހުނު 91 މީހަކު ރަނގަޅުވިއިރު، ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.
ކޮވިޑް19 އިން ރަނގަޅުވި މީހުންގެ އަދަދު 91 އަށް
އިނގިރޭސިވިލާތުގެ ނެޝެނަލް ހެލްތު ސާވިސް( އެންއެޗްއެސް) އަށް 33 މިލިއަން ޕައުންޑް " ފަންޑްރެއިޒް" ކޮށްދިން އެގައުމުގެ ކުރީގެ ސިފައިންގެ މީހާ ކެޕްޓަން ޓޮމް މޯއަށް "ނައިޓްހުޑް" އަރުވަން ނިންމައިފަ އެވެެ. ނައިޓްހުޑްއަކީ އިނގިރޭސިވިލާތަށް އަގުހުރި ހިދުމަތްތައް ކޮށްދޭ މީހުންނަށް އިނގިރޭސިވިލާތުގެ ރާނީ ނުވަތަ ރަސްގެފާނު އަރުވާ ޝަރަފެކެވެެ. އެއާއެކު އެ ޝަރަފް ލިބޭ މީހާގެ ނަމުގެ ކުރިއަށް "ސާ" ނުވަތަ "މިސްޓާ" އަރުވާނެ އެެވެ. ޓޯމްށް ނައިޓްހުޑް އަރުވަން ނިންމާފައިވަނީ އޭނާއަށް 100 އަހަރު ފުރުމާދިމާވެސްކޮށެެވެ. އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ ޓޮމްއަކީ މުޅި ގައުމަށްވެސް ލިބިފައިވާ ޖަވާހިރެއް ކަމަށެވެެ. " ކޮރޯނާވައިރަސްއާއެކު އައި އަނދިރިކަމުގެ ތެރޭގައި ކެޕްޓަން ޓޮމް ކުރި ފަންޑްރެއިޒިންގެ ހަރަކާތާއެެކު މުޅި ގައުމަށް އެވަނީ މިސާލު ދައްކައިދީ އަލިކަމެއް ގެނެސްދީފައި" ބޮރިސް ވިދާޅުވިއެވެ. އުމުރުން ދުވަސްވެ ހިނގާ ބިނގާވެ އުޅުމުގައި އުނދަގޫވެފައިވާ ކެޕްޓަން ފަންޑްރެއިޒްކޮށްދީފައިވަނީ "ވޯކިން ފްރޭމެއް" ބޭނުންކޮށްގެން 100 ފިޔަވަޅު އަޅައި ހިނގައިގެންނެވެ. ކެޕްޓަން ޓޮމް ވަނީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ސިފައިންގެ މީހެއްގެ ގޮތުގައި އިންޑިއާ އަދި މިޔަންމާ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެެ. ގާޑިއަން
ކެޕްޓަން ޓޮމް މޯއަށް އިނގިރޭސިވިލާތުގެ މަތީ ޝަރަފެއް
ވޮޝިންޓަން (13 މޭ 2020) : އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަގްބޫލުކަން އެމެރިކާ ރައްޔިތުންގެ މެދުގައި ދަށަށްދާން ފަށައިފިކަން ޚިޔާލު ހޯދުމުގެ ސާވޭތަކުން ހާމަވެއްޖެއެވެ. ރޮއިޓާސް އާއި އިޕްސޮސް ގުޅިގެން އަންގާރަދުވަހު އެމެރިކާގެ އާންމުންގެ މެދުގައި ނެގި ޚިޔާލު ހޯދުމުގެ ސާވޭ އެއްގެ ނަތީޖާ ދައްކާގޮތުން ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕަށް ތާއީދު ކުރާނެކަމަށް ބުނެފައިވަނީ 38 އިންސައްތަ މީހުންނެވެ. އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ޓްރަމްޕާ ވާދަކުރެއްވާނެ ކަމަށް ބެލެވޭ ޖޯ ބައިޑެން އަށް އިންތިޚާބުގައި ތާއީދުކުރާނެކަމަށް ބުނެފައިވަނީ 46 އިންސައްތަ މީހުންނެވެ. މިއީ މީގެ ދެހަފްތާ ކުރިން ރޮއިޓާސް އާއި އިޕްސޮސް ގުޅިގެން ކުރި ސާވޭއެއްގައި ޓްރަމްޕަށް ލިބުނު ތާއީދަށްވުރެ 4 ޕޮއިންޓް ދަށް ތާއީދެކެވެ. އެހެންކަމުން މިއީ ޓްރަމްޕްގެ މަގްބޫލުކަން އެމެރިކާގެ އާންމުންގެ މެދުގައި ވަރަށް ބޮޑަށް ދަށަށްދާން ފަށާފައިވާ ކަމުގެ ހެއްކެތް ކަމަށް ރިޕޯޓްތައް ބުނެއެވެ. ޖޯ ބައިޑެން އެމެރިކާގައި ކޮވިޑް-19 ވަރަށް ބާރަށް ފެތުރެމުންދާއިރު އެ ރޯގާ ކޮންޓްރޯލް ކުރުމުގައި ޓްރަމްޕްގެ ސަރުކާރުވަނީ ވަރަށް ބޮޑަށް ނާކާމިޔާބުވެފައެވެ. ކޮވިޑް-19 ގެ ގާތްގަނޑަކަށް 70 އިންސައްތަ ހުއްޓުމަކަށް އައިސްފައިވާއިރު އެކަމާގުޅިގެން ވަޒީފާ ގެއްލުނު އެމެރިކާ ރައްޔިތުންގެ އަދަދުވަނީ 33 މިލިޔަނަށް އަރާފައެވެ. މިއީ ފަހުގެ ތާރީޚެއްގައި ވަޒީފާ ގެއްލުނު އެމެރިކާ ރައްޔިތުންގެ އަދަދު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. އަންނަ ނޮވެމްބަރު 3 ގައި އެމެރިކާގައި ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު ޖުލައިމަހުގެ ކުރިން އެމެރިކާގައި ކޮވިޑް-19 ކޮންޓްރޯލް ނުކުރެވިއްޖެނަމަ ރިޔާސީ އިންތިޚާބު ބާއްވާ ދުވަސްވަރު އެމެރިކާގެ އިގްތިސާދު ބޮޑު އަނދަވަޅަކަށް ވެއްޓި ވަޒީފާނެތް މީހުންގެ މައްސަލަ ހައްލުނުވެ އާންމުންގެ ގިނަބަޔަކު ނިކަމެތި ހާލުގައި އުޅެންޖެހޭނެކަމަށް ތަޖްރިބާކާރުން ލަފާކުރައްވައެވެ. މިފަދަ ހާލަތެއްގައި އެމެރިކާގެ އިގްތިސާދު އޮއްވައި ރިޔާސީ އިންތިޚާބު ބާއްވައިފިނަމަ އެކަމުގެ ނޭދެވޭއަސަރު ޓްރަމްޕްގެ މަގްބޫލު ކަމަށް ވަރަށް ބޮޑަށް ކުރާނެކަމަށް އެފަރާތްތަކުން ބުނެއެވެ. ފާއިތުވި 3 އަހަރު ކުރި އެއްވެސް ސާވޭއަކުން ޓްރަމްޕްގެ މަގްބޫލުކަން ދަށަށް ގޮސްފައެއް ނުވާއިރު އެމެރިކާގައި ކޮވިޑް-19 ފެތުރުމުގެ ކުރިން ޓްރަމްޕްގެ މަގްބޫލުކަން އޮތީ ވަރަށް މަތީގައެވެ. ކޮވިޑް-19 އާ ގުޅިގެން ޓްރަމްޕާއި އޭނާގެ ސަރުކާރުގެ އިސްވެރިންގެ ޗައިނާއަށް އަމާޒުކޮށް ބަހުގެ ހަމަލާތައް މާގިނައިން ދެއްވައި އެކަމުގެ ޒިންމާ ޗައިނާގެ ބޮލުގައި އަޅުވަމުން ގެންދަވަނީވެސް ރިޔާސީ ދެވަނަ ދައުރެއް ކާމިޔާބު ކުރުމުގެ ފުރުސަތު ކޮވިޑް-19 ގެ ސަބަބުން ޓްރަމްޕަށް ގެއްލިގެން ދާނެކަމުގެ ބިރު އިހްސާސް ކުރެއްވިގެން ކަމަށް މުހައްލިލުން ވިދާޅުވެފައެވެ. ޓްރަމްޕް ވަނީ ކޮވިޑް-19 އަކީ ރިޔާސީ ދެވަނަ ދައުރެއް ކާމިޔާބު ކުރިޔަ ނުދިނުމުގެ ރޭވުމެއްގެ ދަށުން ޗައިނާއިން އެމެރިކާއަށް ދިން ހަމަލާއެއްކަމަށް ސިފަކުރައްވައި ވާހަކަ ދައްކަވާފައެވެ. ނަމަވެސް ކޮވިޑް-19 ޖެހިގެން އެމެރިކާގައި ކޮންމެ ދުވަހަކު ހާހެއްހާ މީހުން މަރުވަމުންދާއިރު އެ ރޯގާ ކޮންޓްރޯލް ކުރުމުގެ މަސައްކަތަށްވުރެ ޗައިނާއަށް ބަހުގެ ހަމަލާދޭން ޓްރަމްޕް ކުރާ މަސައްކަތް ބޮޑުވެއްޖެނަމަ ޓްރަމްޕްގެ މަގްބޫލުކަން އިތުރަށް ގެއްލިގެންދާނެކަމަށް ވަނީ ބެލެވިފައެވެ. ކޮވިޑް-19 އެމެރިކާގެ 1.3 މިލިޔަން މީހުންނަށް ޖެހި އެރޯގާގައި އެމެރިކާގެ 83 ހާސް މީހުންވަނީ މަރުވެފައެވެ. (ނޫސްއެޖެންސީތައް)
ކޮވިޑް-19އާ ހެދި ޓްރަމްޕްގެ މަގުބޫލަަން ދަށަށް ހިނގައްޖެ
ވަރަށް ހަލުވި ކަމާ އެކު ފެތުރިގަނެ، ގައުމެއްގެ ސިއްހީ ނިޒާމް އެކީ އެކަށް ފެއިލްކޮށްލާ ކޮރޯނާވައިރަހުގެ މައްޗަށް ކާމިޔާބު ހޯދުނު ގައުމުތައް ވަރަށް ވެސް މަދެވެ. ވައިރަސް މައިތިރި ނުކުރެވި ދުނިޔޭގެ އެންމެ ބާރުގަދަ އެމެރިކާ އާއި ޔޫރަޕްގެ ބައްރު، ކުޑަކަކޫ މައްޗަށް ތިރިކޮށްލީ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ. ރާއްޖެއާ ހަމައަށް ވެސް ވައިރަހުގެ ބިރު އައުމާ އެކު، ތަސައްވަރު ކުރެވިފައި އޮތީ ރާއްޖެ ވެސް އެކަހަލަ ބިރުވެރި ހާލަތަކަށް ވެއްޓޭނެ ކަމެވެ. އެ ވައިރަސް މައިތިރިކުރަން ރާއްޖެއަށް ވެސް ޖެހުނީ، ގައުމުގެ ރައްޔިތުން އެކީހެން ގޭ ބަންދުކޮށް، ފުރަބަންދެއްގައި ބައިތިއްބާށެވެ. ގައުމަށް ޑޮލަރު ވަންނަމުން ދިޔަ ހުރިހާ ދޮރެއް ބަންދުކޮށްލުމުން، ދައުލަތަށް އާމްދަނީއެއް ނުލިބުނަސް، މަދު ދުވަސްކޮޅެއްގެ ތެރޭ ސަރުކާރުން ކުރަން ޖެހުނީ ވަރަށް ބޮޑު ހަރަދެކެވެ. ކޮރޯނާވައިރަހާ ދެކޮޅަށް ރާއްޖެ ކުރާ ހަނގުރާމައިގެ އަގު، ބިލިއަން ރުފިޔާއާ ގާތްކޮށް 873.3 މިލިއަން ރުފިޔާއަށް ވަނީ އަރައިފަ އެވެ. ބައެއް މީހުންގެ ނަޒަރުގައި މިއީ އެކަށީގެންވާ ނުވާ ބޮޑު ހަރަދެކެވެ. މި ބޮޑު ހަރަދުން "ހަރުގެ"ތަކެއް ހަދާލުން ފިޔަވާ އެހެން ކަމެއް ނުވި ކަމަށް އިދިކޮޅު ފަރާތްތަކުން ސިފަކުރެ އެވެ. މި ހަރަދުކޮށްގެން ނިކުތީ ސުމެއްގެ ނަތީޖާއެއް ކަމަށް އެބޭފުޅުން ވިދާޅުވެ އެވެ. އެކަމަކު، މި މަސައްކަތުގެ އެންމެ ކުރީގައި ހުންނެވި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު "ސަން"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެ ވާހަކަތަކަށް ރައްދުދެއްވާ މުހިންމު ވާހަކަފުޅެއް ވިދާޅުވި އެވެ؛ "އިޓަލީ، ސްޕޭން އެމެރިކާ ފަދަ ގައުމުތަކުގައި މީހުން މަރުވި އަދަދަށް މީހުން މަރުނުވުމާއި ބަލި ނުޖެހުމާ ހޮސްޕިޓަލްތައް ފުރިގެން ނުދިޔައިމާ ކަންނޭނގެ އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުންނަށް ނުވިސްނެނީ މި ކުރި ހަރަދުތަކުގެ މުހިންމުކަން. އެހެންވީމާ ވިސްނެނީ ކަން ނޭނގޭ އެއްވެސް ހަރަދެއް ނުކޮށް ތިބި ގޮތަށް ތިއްބަސް ހަމަ މިހާރު އޮތްވަރުގައޭ އޮންނާނީ. އެއްކަމެއް ވެސް ނުވާނޭ،" މިނިސްޓަރު ވިދާޅުވި ގޮތުގައި އެއީ ކުށްހީއެކެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑޮމިލޮޖިސްޓުންނާއި ތަފާސްހިސާބުތަކުގެ ތަޖުރިބާކާރުން ޖެއްސެވި ހިސާބުތަކުން ރާއްޖޭގެ ހާލަތުން އަތް ނުފޯރާ ފަށަށް ގޮސް، 10،000 އެއްހާ މީހުން މަރުވެގެން ދިޔުމުގެ ފުރުސަތު އޮންނާނެ ކަމަށް ލަފާކުރެވުނެވެ. އެއީ ރާއްޖޭގެ ޖުމްލަ އާބާދީގެ ދެ ޕަސެންޓް މި ބަލީގައި މަރުވެ ދިޔުމެވެ. އެ ހާލަތުން ރާއްޖެ މިންޖު ކުރެވުނީ މިނިސްޓަރު ވިދާޅުވި ގޮތުގައި ރޭވިގެން ދުރާލާ އަޅަމުން ދިޔަ ފިޔަވަޅުތަކާއި ދިވެހީންގެ ފުރާނަ ސަލާމަތް ކުރަން އިސްކަން ދީގެން ކުރެވުނު ހަރަދުތަކުގެ ސަބަބުންނެވެ. މިނިސްޓަރު އަމީން، އެންއީއޯއީސީގެ ސްޓޭކް ހޯލްޑަރުންގެ ބައްދަލުވުމެއްގައި: ރާއްޖޭގެ ހާލަތު ގޯސްނުވެ ހިފެހެއްޓުނީ ރޭވުންތެރިކަމާ އެކު އަޅަމުން އަންނަ ފިޔަވަޅުތަކުން ކަމަށް ވިދާޅުވި -- ފޮޓޯ/ ހެލްތު މިނިސްޓްރީ "އަޅުގަނޑަށް ޔަގީންކަމާ އެކު ދަންނަވަން ކެރޭނެ ސަރުކާރަށް މި ކުރެވުނު ހަރަދުތަކާއި ކުރެވުނު މަސައްކަތުގެ ނަތީޖާ ކިތަންމެހާ ވެސް ރަނގަޅޭ. ސަރުކާރުން މި ހަރަދުކޮށް މީހުން ކަރަންޓީނުކޮށް އައިސޮލޭޓްކޮށް ބޭތިއްބުމަށް ސަރުކާރުން ނުވިސްނި ނަމަ އެތައް ބައެއްގެ ފުރާނަ އަޅުގަނޑުމެންގެ އަތުން ގެއްލިގެން ދާނެ. އުމުރުން ދުވަސްވީ އެތައް ބަޔަކު އަޅުގަނޑުމެންނާ ވަކިވެގެން ދިޔައީސް. އަޅުގަނޑުމެންނަށް މީހުން ޓެސްޓް ނުކުރެވި ބަލި ދެނެ ގަތުމުގެ މަސައްކަތް ނުކުރެވުނު ނަމަ އެތައް އާއިލާއެއް އެ މީހުންގެ ލޯބިވާ މީހުންނާ ވަކިވެގެން ދިޔުމުގެ ހިތާމަވެރި ހާލަތާ އަޅުގަނޑުމެންނާ ކުރިމަތިވީސް. މި ހަރަދުތަކާއި މި މަސައްކަތް ކުރެވުމުގެ ނަތީޖާއެއްގެ ގޮތުން މި ހިސާބުގައި އަޅުގަނޑުމެންނަށް މިއަދު މި ތިބެވުނީ ވެސް،" މިނިސްޓަރު އަމީން ވިދާޅުވި އެވެ. މިއީ މުޅި ދުނިޔެ ވެސް ކުރިމަތިލާ އާ ގޮންޖެހުމެއްކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، ކަންކަމަށް ފާޑުކިޔައި ކަންކަން މިހާރަށް ވުރެ ރަނގަޅު ކުރުމަށް އަބަދު ވެސް ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ކުރައްވާ މަސައްކަތްތަކާ ގުޅޭ ގޮތުން ޒިންމާދާރު ކުރުމަށް ޓަކައި ދައުލަތުގެ އެކި އިދާރާތަކުން މަސައްކަތް ކުރުމަކީ ވެސް، މަރުހަބާ ކިޔާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަޒުމަކީ، ފާޑުކިޔުންތައް އަޑުއަހައި ގޯސްކޮށް ކުރެވޭ ކަންކަން ރަނގަޅުކޮށްގެން ކުރިއަށް ދިޔުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެތައްހާސް ބަޔަކު ކަރަންޓީނުކޮށް، އެތައް ހާސްބައެއްގެ ޓެސްޓް ހަދައި ސިއްހީ ނިޒާމުގެ ކެޕޭސިޓީ އިތުރުކުރަން ކުރެވުނު މަސައްކަތުގެ ނަތީޖާއަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު އޮތް ވަރަށް ރާއްޖޭގެ ނަމްބަރުތައް ހިފެހެއްޓިފައި ހުރުމެވެ. މީގެ ކުރިން މިވަރުގެ ބޮޑު ސިއްހީ ނުރައްކަލަކާ ރާއްޖެ ވެސް ކުރިމަތިލާފައި ނުވާއިރު މިކަމުން ސަލާމަތް ވެވޭނީ ހަރަދުތަކެއް ކޮށްގެން ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި ސަރުކާރުން އެޅި ކޮންމެ ފިޔަވަޅަކީ ކުރި ހަރަދަކީ ސިއްހީ މާހިރުންނާއި ޑަބްލިއުއެޗްއޯ އާއި ކަމާ ބެހޭ ހުރިހާ މުއައްސަސާތަކުގެ ލަފާގެ މަތިން ރޭވުންތެރިކަމާ އެކު އެޅި ފިޔަވަޅުތަކެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. "އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދީފައި އޮތީ ދިވެހީންގެ ފުރާނަތައް ސަލާމަތް ކުރަން. އަޅުގަނޑަށް ދަންނަވަން ކެރިދާނެ ނަމްބަރުން ބުނާ ނަމަ، ފުރަތަމަ ލަފާކުރި ކުރުމާ އަޅާބަލާފައި 10،000 އެއްހާ ދިވެހިންގެ ފުރާނަތަކޭ އަޅުގަނޑުމެންގެ މި މަސައްކަތުން މި ސަލާމަތްވީ. ކޮން އާއިލާއެއްތޯ ކޮން ދިވެއްސެއްތޯ ބޭނުންވާނީ އެ މީހެއްގެ ލޯބިވާ މީހަކު މި ބަލީގައި ދާން. ފަރުވާ ނުދެވިގެން ދާން. އެހެންވެ، މިކަމާ އަޅާނުލާ އަޅުގަނޑުމެންނަށް ނުތިބެވޭނީ. ކުރިއަށް އޮތްތަނުގައި ވެސް އަޅުގަނޑުމެން އެ މަސައްކަތް ކުރުމުގައި ތިބޭނީ،" މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު އަމީން، ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަދި އެޗްޕީއޭގެ އިސް އެޕިޑޮމިލޮޖިސްޓް ޑރ. ނަޒްލާ ރަފީގު މަޝްވަރާއެއްގައި: ކުރާ ކޮންމެ ހަރަދެއް، އަޅާ ކޮންމެ ފިޔަވަޅަކީ ދިވެހީންގެ ފުރާނަ ސަލާމަތް ކުރުމަށް ޓަކައި އަޅާ ފިޔަވަޅެއް ކަމަށް މިނިސްޓަރު ވިދާޅުވި -- ފޮޓޯ/ ހެލްތް މިނިސްޓްރީ ކޮރޯނާވައިރަހާ ދެކޮޅު ހަނގުރާމައިގާ ރާއްޖޭގެ ވިސްނުން ގެންގުޅުނީ ދެގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެެ. އެއީ ވައިރަސް މައިތިރިކޮށް ދެނެގަތުމަށް ފިޔަވަޅު އެޅުމުގެ އިތުރަށް، ބަލިވާ މީހުންނަށް ފަރުވާ ދިނުމަށް ރާއްޖޭގެ ހެލްތު ދާއިރާގެ ކެޕޭސިޓީ އިތުރުކުރުމެވެ. އެއީ، ހިސާބު ޖެހިގެން ރޭވުންތެރިކަމާ އެކު ކުރެވެމުން އަންނަ މަސައްކަތެއް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. "އަޅުގަނޑުމެން ފިޔަވަޅުތައް އެޅީ ހަރަދުތަކެއް ކުރީ ހަމަ ތިބެފައި ގޮސް ހުޅުމާލޭގައި ތަނެއް އަޅަނީއެއް ނޫން. މިސާލަކަށް ހުޅުމާލޭގައި ފެސިލިޓީ ހެދީ އަޅުގަނޑުމެން ރޭވުންތަކެއް އޮވެގެން. އެއީ ފަރުވާ ދިނުމުގެ ކެޕޭސިޓީ އިތުރުކުރަން. އެއީ ގެއްލިގެން ދާ ހަރަދެއް ނޫން. އެތަނަށް ބޭނުންވާ ފަރުވާދޭނެ ތަކެއްޗާއި އެނދުތަކާއި ކަބަޑްތަކާ މިއީ އަޅުގަނޑުމެން ކުރި އިންވެސްޓްމަންޓެއް. މިކަން މިއީ އަދި ނިމެން އޮތް ކަމެއް ނޫން. އެހެން ވީމާ އަޅުގަނޑުމެންނަށް ހުޅުމާލޭގައި މިހެދޭ ފެސިލިޓީ ވެސް މިއީ މުސްތަގުބަލުގައި ކޭސްތައް އިތުރުވެ ދެވަނަ ސާޖްއެއްގައި ވެސް އަޅުގަނޑުމެންނަށް ކޭޓާ ކުރެވޭނެ ވަރަށް ހިސާބުތަކެއް ޖަހައިގެން ކުރިކަމެއް މިއީ. އެއީ އެތައް ޒަމާތަކަކަށް ހުންނާނެ ތަނެއް،" މިނިސްޓަރު ވިދާޅުވި އެވެ. އެންމެ ބޮޑު ހަރަދެއް ހިނގަނީ ވެސް ސިއްހީ ފަރުވާދޭން ބޭނުންވާ ސާމާނަށްކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ، ބިދޭސީން ބައިތިއްބާނެ ފެސިލިޓީތައް ވެސް ހަދަނީ ބިދޭސީންގެ މައްސަލަ ހައްލުނުކޮށް ކޮރޯނާވައިރަސް ފެތުރިގެންދާ އަދަދު މަދު ނުކުރެވޭނެތީ ކަމަށެވެ. އަދި އެކަމަށް ކުރާ ހަރަދުގެ ސަބަބުން، އެތައް ޒަމާންތަކެއް ވަންދެން ހައްލު ނުވެ އޮތް މައްސަލައަކަށް ހައްލު ލިބިފައިވާކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. "މީގެ ކޮންމެ ހަރަދަކީ އޭގެއިން އެތައް ކަމެއް ހާސިލްވާ ކަމެއް. މިއީ ބޭކާރު ވެގެން ދާ ކަމެއް ނޫން. ބިދޭސީން ބައިތިއްބަން މި ހަދާ ފެސިލިޓީތަކުން މާލޭގައި ބިދޭސީން ތޮއްޖެހުމުގެ މައްސަލަ އެބަ ހައްލު ކުރެވޭ. މިއީ އެތައް ޒަމާންވީ މައްސަލައެއްގެ ހައްލެއް މިކަމުން މި އަންނަނީ. މިހިރީ މީގެ ތެރެއިން ކުރާ މަސައްކަތްތަކުން މި ހާސިލްވާ ކަންކަން،" މިނިސްޓަރު ވިދާޅުވި އެވެ. "މީގެ ތެރެއިން މި ގަންނަ މެޑިކަލް އިކުއިޕްމަންޓް މިއީ ގެއްލި ދާ އެއްޗެއް ނޫން. އެތައް ޒަމާންތަކެއްގައި މިތަކެތި މި ނިޒާމްތައް އަޅުގަނޑުމެންނަށް ބޭނުން ކުރެވޭނެ،" ރައީސް ސޯލިހު ނޭޝަނަލް ޓާސްކް ފޯސްގެ ބޭފުޅުންނާ ބައްދަލު ކުރެއްވުން: އެޅުނު ފިޔަވަޅުތަކުގެ ނަތީޖާ ފެންނަ ކަމަށް ވިދާޅުވި -- ފޮޓޯ/ ހެލްތް މިނިސްޓްރީ ކޮރޯނާވައިރަސް މާލޭގައި ފެތުރިގަންނަން ފެށުމާ އެކު އެންމެ ބޮޑު ބިރަކަށްވީ، މާލެއަކީ ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ގިނަ ބަޔަކު ދިރިއުޅޭ ސިޓީއަށް ވާތީ އެ ބަލީގެ ހާލަތު ކޮންޓްރޯލުން ނައްޓައިގެން ހިނގައިދާނެތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެން ނަމަވެސް، ފުރަބަންދުގެ ފިޔަވަޅާއި ބޯޑަރު ބަންދު ކުރުމުގެ ސަބަބުން ރާއްޖެއަށް ބަލި ނައިސް ލަސްކުރެވުމުގެ ނަތީޖާއެއްގެ ގޮތުން ބަލީގެ ހާލަތު އަތްދަށުން ނުގޮސް މައިތިރި ކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މީގެ އިތުރުން ސިއްހީ މާހިރުންގެ ލަފާގެ މަތިން އެޅި ފިޔަވަޅުތަކަށް އާންމުން ދެއްކި ކިޔަމަންތެރި ކަމަކީ ވެސް އޭގެ ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. "ދުނިޔޭގެ އެހެން ގައުމުތަކަށް ވީ ގޮތް ބައްލަވާ. މީގެ ނުރައްކަލަކީ ސިއްހީ ނިޒާމަށް ނުކަތާ ވަރަށް ފަރުވާދޭން ޖެހޭ މީހުން ގިނަވެ މުޅި ނިޒާމް ކޮލެޕްސުވުން. އެކަމަކު އަޅުގަނޑުމެންނަށް އެޅިފާ މިހިރަ ފިޔަވަޅުތަކުން އެ ހިސާބަށް ނުގޮސް ރާއްޖެ އަޅުގަނޑުމެންނަށް ﷲގެ އިރާދަފުޅުން މި އަތުވީ. އެހެން ނޫނީ ތަސައްވަރު ކޮށްލާ އަޅުގަނޑުމެންގެ ހާލަތު އޮންނާނެ ދަށު ދަރަޖަ، އަޅުގަނޑުމެން މާ ބޮޑު ފިޔަވަޅެއް ނާޅާ ތިބި ނަމަ، މިއީ ރޯގާއެކޭ ކިޔާފައި ތިބި ނަމަ މިހާލަތު އަޅުގަނޑުމެންނަށް އަތުވެސް ނުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ. މިހާރުގެ އަމާޒު ހުރީ، މިިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި ބައްޔަށް ޓެސްޓް ކުރެވޭނޭ ކެޕޭސިޓީ އިތުރު ކުރުމަށެވެ. އަދި އަތޮޅުތަކަށް މި ބަލި ދާ ހާލަތެއްގައި އަމަލު ކުރަން ރާވާފައިވާ ފަރުވާގެ ނިޒާމް ތަންފީޒުކޮށް އެ ނިޒާމް ވަރުގަދަކޮށް އަތޮޅުތެރެއަށް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަކީ މިވަގުތުގެ އެންމެ ބޮޑު އަމާޒު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ވެރިޔާއާ އެކު މިނިސްޓަރު އަމީން ބައްދަލުވުމެއްގައި: ނިންމެވުންތައް ނިންމަވަނީ، ކަމާ ގުޅޭ ފަރާތްތަކުގެ ލަފަޔާ އެކު ކަމަށް ވިދާޅުވި -- ފޮޓޯ/ ހެލްތް މިނިސްޓްރީ "މީގައި އޮތް ނުރައްކަލަކީ މާލޭގައި ބަލީގެ ހާލަތު ގޯސްވާ ދުވަސްވަރަކާ ދިމާކޮށް ރާއްޖޭގެ އެހެން ރަށްތަކުގައި ވެސް ބަލީގެ ހާލަތު ގޯސްވުން. އޭރުން އެއީ ވަރަށް ބޮޑު ޑިޒާސްޓާއަކަށް ވާނީ. އެ ހިސާބަށް އަޅުގަނޑުމެން ނުގޮސް އެވޮއިޑް ކުރެވޭނެ ގޮތަކަށް މަސައްކަތްތައް މިރާވަނީ. އެކަމަށް ރުކުރުވާލަން ޖެހޭ ނިޒާމްތައް އަޅުގަނޑުމެން ތަރުތީބު ކުރަމުން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ. ރާއްޖޭގައި ބަލީގެ ހާލަތު ގޯސްވުމުގެ ނިޝާންތަކެއް މިވަގުތު ފެންނަން ނެތް ނަމަވެސް، އަދި ހިތް ހަމަޖައްސާލައިގެން ތިބެވެން ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރުގެ އިރުޝާދަކީ މި ބައްޔަކީ ލުއިކަމެއްގެ ގޮތުގައި ނުދެކި ފަރުވާ ކުޑަނުކޮށް އާންމުން ފަރުދީ ޒިންމާ އަދާކުރުމުގައި ދެމިތިބުމެވެ. "މިބަލީގެ މައްޗަށް އަދި ކާމިޔާބެއް ނުހޯދޭ. މީގައި އަދި ސިއްކަ ޖެހުނީއެއް ނޫން. ކުރިއަށް އޮތްތާ މި ބައްޔާ އެކު އަޅުގަނޑުމެން އުޅެން ޖެހޭ އިރު ސިއްހީ މާހިރުންގެ ލަފާތަކުގެ މަތިން އަމަލު ކުރަމުން އާންމުން ގެންދިޔުން މިވަގުތު އަޅުގަނޑުގެ އިލްތިމާސްއަކީ. ފަރުވާ ކުޑަނުކޮށް މި ބައްޔާ ދެކޮޅު މަސައްކަތް ކުރިއަށް ގެންދިޔުން. އެއީ އަޅުގަނޑުމެންނަށް މިބަލިން އެކީ އަރައިގަނެވޭނެ ގޮތަކީ. ފަރުވާކުޑަކޮށްފި ނަމަ އަޅުގަނޑުމެންނަށް ދިމާވާން އޮތީ ހިތާމަވެރި ގޮތްތަކެއް." މިނިސްޓަރު ވިދާޅުވި އެވެ.
ހަރަދުގެ ނަތީޖާ އެބަފެނޭ، ސަލާމަތްވީ، ވާނީ އެތައްހާސް ފުރާނަ: މިނިސްޓަރު އަމީން
މުޅި ދުނިޔޭގައި ބާރަށް ފެތުރި، ނުރައްކާ ކުރަމުން ދާ ކޮރޯނާވައިރަހުގެ ރޯގާއާ އެކު އާ އާދަތަކާއި އާ ކަންތައްތަކަށް އިންސާނުންނަށް އެނބުރެން މި ވަނީ މަޖުބޫރުވެފަ އެވެ. މިވައިރަހާ އެކު ސިއްހީ ކަންކަމަށް އެހާ ސަމާލުކަމެއް ނުހުންނަ ދިވެހިންނަށް ވެސް، ސިއްހީ ކަންކަމުގެ ތެރެއަށް ވައްދައިދީފި އެވެ. އެހެން ނަމަވެސް ކޮރޯނާވައިރަހާ އެކު ސިއްހީ އެތައް އާ ބަސްތަކެއް ދިވެހިންގެ ދުވަހުގެ ބަސްކޮށާރުގެ ތެރެއަށް ވަނީ ވަދެގެން ގޮސްފަ އެވެ. ޕެންޑަމިކް ނުވަތަ "އާލަމީ ވަބާ" އާއި ލޮކްޑައުން ނުވަތަ "ފުރަބަންދު"، ފިޒިކަލް ޑިސްޓޭންސިން "އިޖްތިމާއީ ގައިިދުކުރަން" ފަދަ ބަސްތައް މިއީ މިހާރު ދިވެހިންގެ ދޫ މައްޗަށް ފަރިތަ ބަސްތަކެކެވެ. މި ވަބާއިން ސަލާމަތްވުމަށް، ސިއްހީ މާހިރުން އިރުޝާދު ދެއްވާއިރު އަބަދުވެސް ވިދާޅުވަނީ؛ ކާވް ފްލެޓް ކުރަން ޖެހޭ ކަމަށެވެ. އިނގިރޭސިން ބުނާ ނަމަ "ފްލެޓެނިން ދަ ކާވް" އެވެ. މީގެ މާނައަކި ކޮބައި ހެއްޔެވެ؟ އަދި މިއަށް ދިވެހިން ކިޔާނީ ކިހިނެއް ހެއްޔެވެ؟ ކާވް ފްލެޓް ކުރުމުގެ މާނައަކީ ގައުމެއްގެ ސިއްހީ ނިޒާމަށް ކުޅަދާނަވާ ވަރަށް، ބަލި ޖެހޭ މީހުންގެ އަދަދު އެއް ވަރެއްގައި ހިފަހައްޓާފައި ބެހެއްޓުމެވެ. ފުރަ ބަންދާއި ގައިދުރުކަމުގެ ފިޔަވަޅުތައް އަޅަނީ މި މަގުސަދު ހާސިލްކުރާށެވެ. މިބަލިމަޑުކަން މައިތިރި ކުރެވުން، ނުނީ ނުކުރެވުން ބިނާވެފައި އޮންނަނީ ކާވް ފްލެޓް ކުރުމާ ކަމަށްވާއިރު، މިކަމަށް ދިވެހިން ކިޔާނީ ކީކޭ ހެއްޔެވެ؟ ސޯޝަލް މީޑިއާގައިވެސް މިކަމުގެ ބަހުސެއް އެބަ އޮތެވެ. ކޮރޯނާވައިރަހާ ދެކޮޅަށް މަސައްކަތް ކުރާ ގައުމީ ސެންޓަރު އެންއީއޯސީގެ ތަރުޖަމާން މަބުރޫކް އަޒީޒް، ވިދާޅުވަނީ "ގުދު ފަތި ކުރަން" ޖެހޭ ކަމަށެވެ. މިއީ ކާވް ފްލެޓް ކުރުން، މަބުރޫކް ދިވެހި ކުރައްވާ ގޮތެވެ. ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި މީހުންގެ ތެރެއިން ބައެއް މީހުންގެ ނަޒަރުގައި ދިވެހި ބަހުން ކިޔަންވީ "ބަޅު ފަތި" ކުރުމެވެ. ނުވަތަ ކޮންމެވެސް އެހެން ބަހެއް ކުރިއަށް ލުމަށްފަހު ފަތި ކުރުން ނުވަތަ ތިރި ކުރުން ކިޔަންވީ އެވެ. މިއީ ހައްތަހާވެސް އާންމުގެ ހިޔާލެވެ. ދިވެހި ބަހުގެ އެކަޑަމީން މިހާރު މި ވަނީ މި ބަހަށް ރަސްމީކޮށް ކިޔާނެ ބަހެއް ނިންމާފަ އެވެ. އެއީ "ބާނި ތިރިކުރުން" އެވެ. އެކަޑަމީގެ ރައީސް އަހްމަދު އަޝްރަފު އަލީ "ސަން"އަށް ވިދާޅުވީ، މި ފެށުނު ހަފްތާގައި ބަސްކޮމިޓީން ރަސްމީކޮށް އެ ބަސް ފާސްކޮށް މިހާރު އެންމެހާ މުއައްސަސާތަކަށް ހިއްސާކޮށްފައިވާ ކަމަށެވެ. އަޝްރަފު ވިދާޅުވީ، މި ބަސް އެކުލަވާލުމުގައި ބަސް ކޮމިޓީން ބަލާފައިވަނީ މިކަމުގެ ބަސްކޮށާރަށާއި މީގެ ކުރިން ކިޔާ ކިޔުންތަކަށް ކަމަށެވެ. "ޑޮކްޓަރުންވެސް ވަހަކަ ދައްކާއިރު ވިދާޅުވާނެ ދެން ނަގާނެ ރާޅެއް ނޭނގޭނޭ ކަމަށް. މި އާލަމީ ވަބާގައި ހިމޭން ވަގުތުކޮޅެއް އައިސްފައި ދެން ނަގާނެ ރާޅެއް ނޭނގޭނެ ކަމަށް. ނަގާ ރާޅުގެ އަދަދުން ހަމަ އެ ބަސްކޮށާރަށް ބަލާނަމަ، ގްރާފުން މި ފެންނަނީ އޭގެ ބާނި. ބާނި އެންމެ އުސް ކުންނަށް ދިޔުމަކީ ޕީކަށް އެރުން. އެންމެ އުސް ކުންނަން އަރާނޭ މިވެނި ދުވަހެއްގައި، އެއަށްފަހު ބާނި ތިރިވަމުން ދާނީ،" ބަސް ބޭނުންކުރާނެ ގޮތް ކޮންމެވެސް ވަރަށް އޮޅުންފޮލުއްވައި ދެއްވަމުން އަޝްރަފު ވިދާޅުވި އެވެ. ބަސް ކޮމިޓީގެ ރައީސް މުހައްމަދު ފާރޫގު ހަސަން ވިދާޅުވީ، ބަސް ކޮމިޓީއަށް ބަހެއް ހެދުމަށް ހަވާލުކުރުމާއެކު، މީގެ ކުރިން އެކި އެކި ފޯރަމްތަކުގައި ބަސް ބޭނުން ކުރަމުން އަންނަ ގޮތާއި، އާންމުގެ ހިޔާލު ހޯދާ ކަމަށެވެ. އެގޮތަށް ފާޅު ކުރާ ހިޔާލުތަކާއެކު މަޝްވަރާ ކުރުމަށްްފަހު، ބަސް ކޮމިޓީގެ މެމްބަރުންގެ އަގްލަބިއްޔަތުން އެ ބަހެއް ނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ. "އެ ހުރިހާ ބަސްތަކަށް މަޝްވަރާ ކުރުމަށްފަހު، އަޅުގަނޑުމެން ބަލަން ބަހުގެ ހަމަތަކަށް ފެތެނީ ކޮން ބަހެއްތޯ. ބެލުމަށްފަހު އަޅުގަނޑުމެން ނިންމަވަނީ ކޮންމެ ލަފްޒެއްވެސް،" ފާރޫގު ވިދާޅުވި އެވެ. ކާވް ފްލެޓް ކުރުމަށް ދިވެހި ބަހުސް ރަސްމީކޮށް ކިޔާނެ ގޮތެއް މި ވަނީ ސާފުވެފަ އެވެ. އެއީ "ބާނި ތިރިކުން" އެވެ. މިގޮތް ވައިގައި ހިފައިފާނެ ހެއްޔެވެ؟ ނޫނީ މަބުރޫކް ކިޔާ ގޮތަށް އެންމެން ވެސް ކިޔާނީ ގުދު ފަތިކުރުން މިހެން ހެއްޔެވެ؟
ފްލެޓަން ދަ ކާވް: ދިވެހިން ކިޔާނީ ކީކޭ؟
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ގަތަރު އެއާވޭސްގެ ކެބިން ކްރޫއިން ވެސް ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް ސޫޓް (ޕީޕީއީ) ލާންޖެހޭ ގޮތަށް ހަމަޖައްސައިފި އެެވެ. ގަތަރު އެއާވޭސްއިން ނެރުނު ބަޔާނެއްގައި ބުނީ އެ ސޫޓް ލަމުންދާތާ ވެސް މިހާރު މަދު ހަފްތާތަކެއްވެދާނެ ކަމަށެވެ. ޔޫނީފޯމްގެ މަތިން އެ ސޫޓްލާއިރު، ރައްކާތެރިވުމުގެ ގޮތުން ގޮގަލްސްއާއި މޫނުމަތީގައި އަޅާ މާސްކާއި އަދި އަންގި ލައްވާނެ އެެވެ. އެ އެއާލައިން މިހާރު ނިންމާފައި ވަނީ ފްލައިޓްތަކުގައި ފަސެންޖަރުން ވެސް މާސްކްއަޅަން ޖެހޭ ގޮތަށެވެ. އަދި އެ މާސްކު އަމިއްލައަށް ގެނައުމަށް ވެސް ފަސެންޖަރުންނަށް ވަނީ އިލްތިމާސްކޮށްފައެވެ. އޭގެ އިތުރުން ފަސެންޖަރުންނަށާއި ކެބިން ކްރޫއިންނަށް ހާއްސަކޮށް ބޮޑެތި ސެނެޓައިޒާ ފުޅިތައް ވެސް ބެހެއްޓުމަށް ވަނީ ނިންމައިފަ އެވެ. ގަތަރެ އެއާލައިންސްގެ ޗީފް އެކްޒެކިއުޓިވް އަކްބަރު އަލު ބަކުރު ވިދާޅުވީ ފަސެންޖަރުންގެ ސަލާމަތާ ރައްކާތެރިކަމަކީ އެ އެއާލައިންއިން އެންމެ ބޮޑަށް އިސްކަން ދޭ ކަންތައްތައް ކަމަށެވެ. ގަތަރު އެއާލައިންސްގެ ކްރޫއިން ހަޒްމަތު ސޫޓް ލާން ނިންމިއިރު ފިލިޕީންސް އެއާލައިންއާއި އެއާ އޭޝިއާއިން ވެސް މިހާރު ވަނީ އެގޮތަށް އަމަލު ކުރަން ނިންމައިފަ އެވެ. ފަސެންޖަރުން މާސްކު އެޅުމުގައި ބައެއް އެއާލައިންތައް އަމަލުކުރާނެ ސީދާ ޕޮލިސީއެއް އަދި ނޭނގެ އެެވެ. ބައެއް އެއާލައިންތަކުން ބުނީ މާސްކު ނާޅާނަމަ ބޯޓަށް ނާރުވާނެ ކަމަށާއި އަދި އަނެއްބައި އެއާލައިންތަކުން ބުނީ މާސްކު ނާޅާ ނަމަ ފަހަރެއްގައި ނާރުވާފާނެ ކަމަށެވެ. ސީއެންއެން
ގަތަރު އެއާވޭސްގެ ކެބިން ކްރޫ ވެސް ހަޒްމަތު ސޫޓު ލަނީ
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ގަތަރު އެއާވޭސްގެ ކެބިން ކްރޫއިން ވެސް ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް ސޫޓް (ޕީޕީއީ) ލާންޖެހޭ ގޮތަށް ހަމަޖައްސައިފި އެެވެ. ގަތަރު އެއާވޭސްއިން ނެރުނު ބަޔާނެއްގައި ބުނީ އެ ސޫޓް ލަމުންދާތާ ވެސް މިހާރު މަދު ހަފްތާތަކެއްވެދާނެ ކަމަށެވެ. ޔޫނީފޯމްގެ މަތިން އެ ސޫޓްލާއިރު، ރައްކާތެރިވުމުގެ ގޮތުން ގޮގަލްސްއާއި މޫނުމަތީގައި އަޅާ މާސްކާއި އަދި އަންގި ލައްވާނެ އެެވެ. އެ އެއާލައިން މިހާރު ނިންމާފައި ވަނީ ފްލައިޓްތަކުގައި ފަސެންޖަރުން ވެސް މާސްކްއަޅަން ޖެހޭ ގޮތަށެވެ. އަދި އެ މާސްކު އަމިއްލައަށް ގެނައުމަށް ވެސް ފަސެންޖަރުންނަށް ވަނީ އިލްތިމާސްކޮށްފައެވެ. އޭގެ އިތުރުން ފަސެންޖަރުންނަށާއި ކެބިން ކްރޫއިންނަށް ހާއްސަކޮށް ބޮޑެތި ސެނެޓައިޒާ ފުޅިތައް ވެސް ބެހެއްޓުމަށް ވަނީ ނިންމައިފަ އެވެ. ގަތަރެ އެއާލައިންސްގެ ޗީފް އެކްޒެކިއުޓިވް އަކްބަރު އަލު ބަކުރު ވިދާޅުވީ ފަސެންޖަރުންގެ ސަލާމަތާ ރައްކާތެރިކަމަކީ އެ އެއާލައިންއިން އެންމެ ބޮޑަށް އިސްކަން ދޭ ކަންތައްތައް ކަމަށެވެ. ގަތަރު އެއާލައިންސްގެ ކްރޫއިން ހަޒްމަތު ސޫޓް ލާން ނިންމިއިރު ފިލިޕީންސް އެއާލައިންއާއި އެއާ އޭޝިއާއިން ވެސް މިހާރު ވަނީ އެގޮތަށް އަމަލު ކުރަން ނިންމައިފަ އެވެ. ފަސެންޖަރުން މާސްކު އެޅުމުގައި ބައެއް އެއާލައިންތައް އަމަލުކުރާނެ ސީދާ ޕޮލިސީއެއް އަދި ނޭނގެ އެެވެ. ބައެއް އެއާލައިންތަކުން ބުނީ މާސްކު ނާޅާނަމަ ބޯޓަށް ނާރުވާނެ ކަމަށާއި އަދި އަނެއްބައި އެއާލައިންތަކުން ބުނީ މާސްކު ނާޅާ ނަމަ ފަހަރެއްގައި ނާރުވާފާނެ ކަމަށެވެ. ސީއެންއެން
ގަތަރު އެއާވޭސްގެ ކެބިން ކްރޫ ވެސް ހަޒްމަތު ސޫޓު ލަނީ
ވިދާލި ވިދުވަރާއި އެކު މުޅި ތަން އަލިވެގެން ދިޔައެވެ. އިންޒާރުގެ ނިމުން ހިނދުކޮޅެއްގެ ތެރޭގައި އައެވެ. ގުގުރާލި އަޑާއި އެކު މުޅި ސަރަޙައްދުން ކަރަންޓް ދިޔައެވެ. ނިދާފައި ތިބި ތުއްތު ކުދިންތައް އެއް އަޑަކުން ރޮއިގަތީ، އެ އަޑުގެ ބިރުވެރިކަން އިހުސާސް ކުރެވުމުން ކަން ގައިމެވެ. ގުގުރީގެ އަޑު ހިނދެއް ހިނދަކަށް ބާރުވަމުން ދިޔައެވެ. އަންނަން އޮތް ތޫފާނުގެ ފަހުގެ އިންޒާރު ދޭ ފަދައިންނެވެ. އީތަންއަށް ހޭލެވުނީ، ތުއްތު ކުއްޖެއްގެ ވޭނީ ހަޅޭކުގެ އަޑު އިވުމުންނެވެ. އެ ފިނި ރޭގައި ވެސް އޭނަ އޮތީ، ދާހިއްލާ ފޯވެފައެވެ. އީތަން ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެނގިލިއެވެ. އެނދު ކައިރީގައި ބަހައްޓާފައިވާ ކުޑަ މޭޒުމަތީގައި ހުރި ފެންފުޅި ނަގައި ބޯން ފެށިއެވެ. އެއް ނޭވާ އިން އެ ފެން ފުޅި ބޮއެ ހުސްކޮށްލުމަށްފަހު، އޭނަ ދޫކޮށްލީ، ފުން ނޭވާ އެކެވެ. ނިތްކުރި މަތީގައި ހިއްލާފައިވާ ދާތިކިތައް އަތުގެ ނުފުށުން ފޮހެލަމުން، ކައިރީގައި ނިދާފައި އޮތް އަނބިމީހާ އާއި ދިމާއަށް އޭނަ ބަލާލި އެވެ. ޒިދުމާ އޮތީ، އަރާމު ނިންޖަކުން ނިދާލާފައެވެ. ކަމެއް ވާކަމުގެ ކުޑަވެސް ޙިލަމެއް އޭނައަށް ނުވާ ކަހަލައެވެ. ގަޑިން މެންދަމުން އަލިވެ ތިނެއް ޖެހީ އެވެ. އެކަން އިއުލާން ކުރީ، މޭޒުމަތީގައި ބައިންދާފައިވާ ކުޑަ ސޯނާ ގަޑިއެވެ. އަނެއްކާވެސް ތުއްތު ކުއްޖަކު ހަޅޭއްލަވައިގަތް އަޑު އިވުނެވެ. މިފަހަރު އެ އަޑު އައީ، އީތަންގެ ކޮޓަރި ކުޑަދޮރުތަކާއި ދާދި ގާތުންނެވެ. އީތަން މަޑުމަޑުން ތެދުވިއެވެ. ޖެހިލުންވި ނަމަވެސް، އެ ހިތް ގޮވަމުން ދިޔައީ، ބޭރު ބަލައިލުމަށެވެ. ލަސްލަހުން ފިޔަވަޅު ނަގަމުން ގޮސް، ކުޑަދޮރުތައް ކައިރީގައި އޭނަ ހުއްޓުނެވެ. ފަންކާގެ ވަޔާއިއެކު ވިހުރެމުންދިޔަ ދޮރުފޮތިގަނޑުގައި އޭނަ އަތް ޖައްސައި ލިއެވެ. މަޑުމަޑުން އެ ފޮތިގަނޑު ކަހާލި ވަގުތު، ވިދާލި ގަދަ ވިދުވަރާ އެކީ، މުޅި ތަން އަލިވެގެން ދިޔައެވެ. ކުޑަދޮރުގެ ކައިރީގައި ލެއިން ތަތްތެޅިފައި އެ ހުރީ، ފަސް ވަރަކަށް އަހަރުގެ ކުޑަ އަންހެން ކުއްޖެކެވެ. ވިދުވަރުގެ އަލި އެޅުނު ވަގުތު، އީތަންއަށް އެ ކުއްޖާ ރީތިކޮށް ފެނުނެވެ. އެ ކުއްޖާގެ ނަޒަރު އަމާޒުވެފައިވީ، ސީދާ އޭނަގެ ދެ ލޮލަށެވެ. އީތަން ދިޔައީ، ސިއްސައިގެންނެވެ. އޭނަ ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ. އެ ހަށިގަނޑު ފަހަތަށް އެއްލިގެން ދިޔައެވެ. މަޑުމަޑުން އެ ދެލޯ މެރެމުން ގޮސް، ޚަބަރު ހުސްވެގެން ހުރި ތަނަށް ވެއްޓިއްޖެވެ. ނިދިފައި އޮތް ޒިދުމާ ތެދުވީ، ފުންމައިގެންނެވެ. މުޅި ކޮޓަރިތެރެއަށް އޭނަ ބަލަން ފެށީ، ބިރެއް ފެނުމުން ބަލާ ހެންނެވެ. ކުއްލިއަކަށް އެ ލޮލުގައި އަޅައިގަތީ، ތަޅުންގަނޑުގެ މައްޗަށް ވެއްޓިފައި އޮތް އީތަން އެވެ. ޒިދުމާއަށް ލިބުނީ، ކުއްލި ސިހުމެކެވެ. ކޮންމެވެސް ނުބައެއް އުޅޭކަމަށް އޭނަގެ ހަވަނަ ޙިއްޞު ބުނެދިނެވެ. އޭނަ ފަހަތަށް ޖެހެމުން، އެނދުގެ ހެޑްބޯޑުގައި ލެނގިލައިފިއެވެ. އޭރުވެސް އޭނަގެ ލޮލުގެ ކަޅި ކޮޓަރި ތެރޭގެ އެކި ކޮޅުކޮޅަށް ދަތުރު ކުރަމުން ދިޔައެވެ. ކުއްލިއަކަށް، އައި ނައިތަނެއް ނޭނގި ފެނުނީ، ޒިދުމާގެ ކުރިމަތީގައި އީތަން އިންދައެވެ. އެނދުމަތީގައި ދެކަކޫ ޖައްސައިގެން އިންއިރު، އީތަންގެ ބޯ ވަނީ، ތިރިއަށް އެލިފައެވެ. ޖަނަވާރުން އެތަކެތީގެ މުއްގަނޑު ބިންމަތީގައި ޖައްސައިގެން އޮންނަހެން އީތަން އޮތީ، އޭނާގެ ދެއަތްތިލަ މުށްކަވައި، އޭގެ ބާރުގައެވެ. އީތަން މަޑުމަޑުން ޒިދުމާ އާއި ކައިރިއަށް ޖެހިލިއެވެ. އޭރު އެ ދެލޮލާއި، ނޭފަތުގެ އިތުރުން އަނގައިން ލޭތައް ފައިބަމުން ދިޔައެވެ. އެ ތުންފަތް މަތީގައި ވަނީ، ވިހަ ހިނިތުންވުމެކެވެ. އެ ނަޒަރު ޒިދުމާގެ ދަތްދޮޅިން ފެށިގެން، ދެ ލޮލަށް ހުއްޓުނެވެ. ނޭވާ ލާން ވެސް ހަނދާން ނެތިފައި އިން ޒިދުމާގެ ހަށިގަނޑަށް ބާރުގަނޑެއް އެރިއެވެ. އޭނަގެ ދެ އަތް، ހީވީ، ހެޑްބޯޑުގައި ތަތްވި ހެންނެވެ. ދެ އަތާއިއެކު ދެ ފައި ވެސް ގުޑުވައެއް ނުލެވުނެވެ. ޒިދުމާގެ މޫނު ގަދަކަމުން ކަހަލަ ގޮތަކަށް މައްޗަށް އުފުލެން ފެށިއެވެ. އޭނަގެ އަނގަ، ހުޅުވިއްޖެ އެވެ. އަނގައިގެ ތެރެއިން ނުކުތް ގަދަ އަލިފާންގަނޑު ސީލިންގާއި ހަމައަށް ނުދަނީސް، ކޮންމެވެސް މީހަކު އައިސް ދޮރުގައި ތަޅަން ފެށި އަޑު އިވުނެވެ. އެނދުމަތީގައި އިން އީތަންގެ ކަރު އެނބުރުނެވެ. އެ ހަށިގަނޑަށް ގުޑުމެއް ވެސް ނާރަ އެވެ. ދޮރާއި ދިމާއަށް، އޭނަ ބަލައިލީ، ރުޅި އައިސްފައެވެ. ޒިދުމާގެ ހަށިގަނޑަށް ލުޔެއް ލިބުނެވެ. ލިބުނު ފުރުސަތުގެ ބޭނުން އޭނަ ހިފިއެވެ. ތުންތަޅުވާލާފައި، އެއްޗެހިތަކެއް ކިޔަވަން ފެށިއެވެ. އެއާއިއެކު، އީތަންގެ ދެ ލޯ މެރިގެން، އެނދު މައްޗަށް ވެއްޓިއްޖެއެވެ. ******** "އަހަންނަކަށް ނޭނގެ ވީ ގޮތެއް ވެސް... ފަސް އަހަރު ވީއިރު ނުވީ ކަމެއް މިހާރު ކުއްލިއަކަށް ވާންޖެހޭ އެއްވެސް ސަބަބެއް އަހަންނަކަށް ނުވިސްނޭ..." ޒިދުމާ އިނީ އޭނާގެ އެކުވެރި ޝިޒުނާގެ ކައިރީގައެވެ. އެ ވާހަކަތައް ކަނުލައި އަޑު އަހަން ޝިޒުނާ އިނެވެ. "ތިކަމަށް އަވަސް ހައްލެއް ނުހޯދައިފިއްޔާ ވަރަށް ސަކަރާތް ވެދާނެ... ފަންޑިތަ ހަދާ މީހަކު ގެންނަމާ..." ޝިޒުނާ ހާމަކުރީ، އޭނައަށް ވިސްނުނު އެންމެ ރަނގަޅު ގޮތެވެ. ޒިދުމާ ވަގުތުން ދެކޮޅު ހެދިއެވެ. ހިތުގައި ފޮރުވައިގެން އުޅޭ ބޮޑު ސިއްރު ފަޅާއަރާފާނެތީ، އޭނަ ބިރުގަތެވެ. އީތަންއަށް އެކަން އެނގިއްޖެނަމަ، އޭނަދެކެ ފޫހި ވާނެއެވެ. އެކީގައި އުޅޭކަށް ބޭނުމެއް ނުވާނެއެވެ. އެހެން އެކަން ވާކަށް ޒިދުމާ ބޭނުމެއް ނުވިއެވެ. "ދެން ހެޔޮތަ ޒިދޫގެ ފުރާނަ ދިޔަސް؟... އީތަން އާ ދޭތެރޭ ވެސް ވިސްނަން ޖެހޭނެ ދޯ!... އެކަހަލަ ކަމެއް ވާއިރު، ޤައިމު ކިހާ ވޭނެއް ވެސް އަޅާނެ..." ޝިޒުނާ މަސައްކަތް ކުރީ، އެކުވެރިޔާއަށް ވިސްނައިދެވޭތޯއެވެ. "އަހަރެން ވިސްނާލާނަން..." ޒިދުމާ ތެދުވިއެވެ. ގެއަށް އައި ޒިދުމާގެ ފިޔަވަޅުތައް ގޭގެ މައިދޮރާއި ހަމައިން ހުއްޓިއްޖެއެވެ. ފަސް އެނބުރިފައި، ގޭގެ ކެޔޮފީންޏާއި ދިމާއަށް އޭނަ ބަލާލައިފި އެވެ. އެދިމާލުގައި އެ ހުރީ ކަޅު ހިޔަންޏެކެވެ. ޒިދުމާގެ ދެބުމަ ގޮށްޖެހުނެވެ. ހަލުވި ފިޔަވަޅުތަކެއްގައި އޭނަ ގޮސް، ގޭތެރެއަށް ވަދެގެން ދިޔައެވެ. އީތަން އިނީ މައިގެ ތެރޭގައެވެ. ޓީވީ ހަލާކުވެގެން އެ ރޫޅާލައިގެންނެވެ. ޒިދުމާ ފެނުމުން، އޭނަ ހަދިޔާކޮށްލީ، ލުއި ހިނިތުންވުމެކެވެ. "އީތަން!... އައިސްބަލަ..." އީތަންއަށް ގޮވާލާފައި، މަޑުވެސް ކޮށްލުމެއްނެތި، ޒިދުމާ ގޮސް ކޮޓަރިއަށް ވަނެވެ. ކަމެއް ގޯސްވެއްޖެ ކަން އެނގުމުން، އީތަން އަވަހަށް ތެދުވިއެވެ. އޭނަ ޒިދުމާގެ ފަހަތުން ގޮސް ކޮޓަރިއަށް ވަނެވެ. "ކިހިނެތްވީ؟... ހާދަ ހާސްވެފަ..." އީތަން ހާސްވީ، ޒިދުމާ ހުރިގޮތް ފެނުމުންނެވެ. ރޭގެ އެއްވެސް ހަނދާނެއް އެ ސިކުނޑީގައި ނުވެއެވެ. އަނބިމީހާ އާއި ވީހާވެސް ކައިރިއަށް އޭނަ ޖެހިލިއެވެ. އެ ހަށިގަނޑުގައި ދެއަތް ވަށާލާފައި، ކަނދުރާގައި ދަތްދޮޅި އަޅުވާލައިފިއެވެ. "އަހަރެން ދާން ޖެހިއްޖެ..." ޒިދުމާ ވާހަކަ ދެއްކީ ދެރަވެފައި ހުރެއެވެ. "ކޮންތާކަށް؟..." ޒިދުމާ ދުރުކޮށްލާފައި އެ މޫނަށް ބަލައިލަމުން އީތަން ސުވާލު ކުރިއެވެ. "އަހަރެންގެ ވަޒަނަށް..." ޒިދުމާ އިސްޖަހައި ލިއެވެ. "ޒީގެ ވަޒަނަކީ، މިއެއްނު..." އީތަން ޖަހާލީ، ހިނިގަނޑެކެވެ. "އީތަން އަހަރެން މިދައްކަނީ މަޖާ ވާހަކަ އެއް ނޫނޭ..." ޒިދުމާ، އީތަންގެ ދެކޮނޑުގައި ހިފަހައްޓައިލިއެވެ. "އަހަންނަށް އެނބުރި ނާދެވުނަސް، އަހަރެން މަތީން ހަނދާން ކުރައްޗޭ..." ޒިދުމާ ދެރަވެލާފައި ބުންޏެވެ. ޒިދުމާގެ ދެލޯ ވަނީ، ފެންކަޅި ވެފައެވެ. އިސާހިތަކު ކަރުނަތައް ފައިބަން ފަށައިފިއެވެ. ވާނުވާ ނޭނގިފައި، ޒިދުމާއަށް ބަލަހައްޓައިގެން އީތަން ހުއްޓެވެ. "އަހަރެން މިކަން މިކުރަނީ ހަމައެކަނި އީތަންއަށް ޓަކައި... އަހަރެން އީތަންދެކެ ވާ ލޯތްބެއްގެ ބޮޑު ކަމުން... އަހަންނަށް މައާފު ކުރައްޗޭ..." ޒިދުމާގެ އެންމެ ފަހުގެ ޖުމްލަ ތަކަކީ އެއީއެވެ. ގަބުވެފައިހުރި އީތަންއަށް ކުއްލި ސިހުމެއް ލިބުނީ، ޒިދުމާ އޭނަގެ ލޯކުރިމަތީން ގެއްލުމުންނެވެ. އަނބިމީހާއަށް ގޮވަމުން އީތަން މުޅި ގޭތެރޭގައި ދުވިއެވެ. އެންމެފަހުން ޚަބަރު ހުސްވެގެން ހުރިތަނަށް ދެމުނީ އެވެ. ********* "ހިތްހަމަޖެހިއްޖެތަ، އޭނ!..." ގޯތިތެރޭގައި ހައްދާފައިވާ ކެޔޮފީނީގެ ކުރިމަތީގައި ހުރި ޒިދުމާ ހީވަނީ، މޮޔަވެފައި ހުރި ހެންނެވެ. އެ ތަނުގެ ވަށައިގެން އެނބުރެމުން ކޮންމެވެސް ބަހުރުވަ އަކުން އެއްޗެހިތަކެއް ކިޔަމުން ދިޔައެވެ. ގަސްތަކުގެ ތެރެއިން ނުކުތީ، ފަސް ވަރަކަށް އަހަރަށް ދާ ކުޑަ އަންހެން ކުއްޖެކެވެ. އެކުއްޖާ ފެނުމާއިއެކު ޒިދުމާގެ ލޭ ކެކިގަތެވެ. ވައިސޫރި އެއްހެން ގޮސް އެކުއްޖާގެ ކުރިމަތީގައި ހުއްޓިއްޖެއެވެ. "ބުނަން ވާހަކައެއް!... ކަލޭ ހީނުކުރާތި އަހަރެން މިއައީ، ބިރުން ކަމަށް... އަހަރެން ލޯބިވާ މީހެއްގެ ޙިމާޔަތުގައި ނުކުންނަން ބޭނުންވާތީ މިއައީ... އަޑު އިވިއްޖެތަ؟... އޭނ!..." ޒިދުމާ ހަޅޭއްލަވައިގަތެވެ. އަންހެން ކުއްޖާ ވަކި އެއްޗެއް ނުބުނެއެވެ. މަޑުމަޑުން ކުރިޔަށް ޖެހިލާފައި ޒިދުމާގެ އަތުގައި ހިފައިލިއެވެ. އެއާއިއެކު ދެމީހުން އެކުގައި ގެއްލިއްޖެއެވެ. ******** ޒިދުމާ ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފެށިއެވެ. އީތަންގެ ހާލަކީ ތޯއެވެ. ރޮއެރޮއެ ހިތާމައިގައި އީތަންގެ މުޅި ދުނިޔެ ވީރާނާ ވެފައިވާ ކަހަލައެވެ. އެކަކުވެސް އީތަންގެ ވާހަކަ ޤަބޫލެއް ނުކުރިއެވެ. އެންމެން ވެސް ހީކުރީ، ޒިދުމާ ގެއްލުމުގެ ހިތާމައިގައި އީތަންގެ ސިކުނޑިއަށް ގެއްލުމެއް ލިބުނީ ކަމަށެވެ. ޒިދުމާ ނުފެނުމުން، ހުދު އީތަންއަށް ވެސް އެކަން ޤަބޫލުކުރަން މަޖުބޫރު ވިއެވެ. ޒިދުމާއަށް ވީގޮތެއް ނޭނގޭތީ، އީތަން ކަންބޮޑު ވަނީއެވެ. ކުއްލިގޮތަކަށް އަނބިމީހާ ގެއްލުމުން އެކަމުގެ ހިތާމަ އެހެން ހުރިހާ ކަމަކަށްވުރެ ބޮޑުވެފައި ވިއެވެ. ދެތިން ހަފްތާ ވީއިރުވެސް ޒިދުމާއެއް ނުފެނުނެވެ. އެންމެފަހުން އީތަން ނިންމީ، ޒިދުމާގެ ރަށަށް ދިޔުމަށެވެ. އެއީ، ޒިދުމާގެ ގެއަށް އޭނަ ދާ ފުރަތަމަ ފަހަރެވެ. އެހުރިހާ ދުވަހު، ޒިދުމާގެ އާއިލާގެ މީހަކާއި ވެސް އޭނަ އާއި ބައްދަލު ވެފައެއް ނުވެއެވެ. އެ މީހުންނާއި، އޭނަ ވާހަކަ ދައްކާފައި ވަނީ، ޒިދުމާގެ ފޯނުންނެވެ. ޒިދުމާގެ ގެއަށް އީތަން ދިޔައީ، ދުވަހެއްގެ ހަވީރުގެ ވަގުތުގައެވެ. އެ ގޭގެ ތެރެއަށް އޭނަ އަޅާލި ފުރަތަމަ ފިޔަވަޅާ އެކު ބައްދަލުވީ، ނުވެސް ދަންނަ މޫނަކާ އެވެ. ޒިދުމާ އާއި ބެހޭގޮތުން އީތަން ސުވާލުކުރުމުން، އެމީހާގެ މޫނުމަތިން ފެނުނީ ނުތަނަވަސް ކަމެވެ. "މީ ޒިދުމާގެ މަންމަ ނަސްރީނާ... ކީއްކުރަންތޯ ޒިދުމާ ހޯދަނީ؟..." ނަސްރީނާ ސުވާލުކުރީ، ބީރައްޓެހި ގޮތަކަށެވެ. "އަޅުގަނޑަކީ ޒިދުމާގެ ފިރިމީހާ... އީތަން..." މޭގައި އަތް ޖައްސައިލަމުން، އީތަން ބުންޏެވެ. ނަސްރީނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ފަސް ފަހަތަށް ދަމުން ގޮސް ފާރުގައި ޖެހިފައި މަތަ ވެއްޖެއެވެ. "ތިއުޅެނީ ނުބައި ގެއަކަށް ވަދެވިގެން... އަހަރެންގެ ދަރިފުޅު މީހަކާއި އިންކަމެއް ނުދެނަ ހުރިން..." ނަސްރީނާ ބުންޏެވެ. އީތަންގެ ހައިރާންކަން އިތުރު ވިއެވެ. އޭނަ ފޯނު ނަގާފައި، ދެމީހުންގެ ކައިވެނީގެ ތަސްވީރެއް ދައްކާލިއެވެ. އަދި އެ ފޮޓޯތައް ޒިދުމާގެ އާއިލާ އާއި ވެސް ޚިއްސާކޮށްފައި ވާނޭ ކަމުގައި ބުންޏެވެ. ނަސްރީނާގެ ދެލޯ ވަނީ ބޮޑުވެފައެވެ. އޭނަ ދެފަރާތަށް ބޯ ހޫރަމުން ގެ އާއި ދިމާއަށް ދުއްވައިގަނެފިއެވެ. އީތަން ގޮވަގޮވައި ހުއްޓައި، ގޭތެރެއަށް ވަދެ، ދޮރު ޖަހައިފިއެވެ. އީތަން އެގެއިން ނުކުތީ، މާޔޫސްވެފައިވާ ހިތަކައިގެންނެވެ. ޒިދުމާގެ ބައްޕަ ފުއާދު އައިސް ގެއަށް ވަނީ، އީތަން އެގެއިން ނުކުމެގެން ދެތިން ފިޔަވަޅެއް އަޅައިލި ތަނާއެވެ. އޭނަ ފުއާދުގެ ކައިރިއަށް ޖެހިލީ، އެއީ ކާކުކަން އެނގިގެނެއް ނޫނެވެ. ޒިދުމާގެ ވާހަކަ އެހުމާއިއެކު، ފުއާދަށް ވެސް ވީ، ނަސްރީނާއަށް ވީ ވަރެވެ. "ޒިދުމާއޭ... އޭނަ މަރުވިތާ އަށް އަހަރު މިވަނީ..." ފުއާދު ހިތްހަމަނުޖެހިފައި ބުންޏެވެ. އީތަންއަށް ލިބުނީ، ވަރުގަދަ ސިހުމެކެވެ. ޒިދުމާ މަރުވެފައިވާއިރު، އޭނަ އާއިއެކު އެހުރިހާ ދުވަހު އެ އުޅުނީ ކާކު ހެއްޔެވެ؟ ފުރަތަމަ ފަހަރަށް އީތަންގެ ސިކުނޑީގައި ހުރިހާ ކަމެއް އައިސް ޓަކި ދޭން ފެށިއެވެ. ޒިދުމާ އާއި ދިމާވި ގޮތާއި، ގޭތެރެއިން ދިމާވި ހާދިސާ ތަކުގެ މަތީން ހަނދާން ވާން ފެށުމުން، ބިރުން ގޮސް އޭނަގެ ދެފައި ވެސް ތުރުތުރު އަޅައިގަތެވެ. އެނބުރި ރަށަށް އައިއިރު، އޭނަ އެކޭ ދިރި ހުއްޓަސް، ފުރާނަ ނެތް މަސްގަނޑެކޭ އެއްފަދައެވެ. ******** ބޮޑު ކިއްލާ އެއްފަދަ ގަނޑުވަރެއްގެ އެތެރެއެވެ. ބިގަރުތަކުން ދިއްލައިލެވިފައިވާ ގޭތެރެއަށް ވަދެގެން ދިޔަ ޒިދުމާގެ ސޫރަ މަޑުމަޑުން ބަދަލުވަމުން ދިޔައެވެ. އިސްތަށިގަނޑު ދިގުވެ، އުނަގަނޑާއި ހަމައަށް ފޯރައިފިއެވެ. ކަޅުކަން ގަދަ އެ އިސްތަށިގަނޑު ވަޔާއި ވިހުރެމުން ދިޔައެވެ. ޒިދުމާ ލައިގެން ހުރި ކުރު ހެދުން، ހުދުކުލައިގެ ދިގު ހެދުމަކަށް ބަދަލު ވިއެވެ. ހެދުމުގެ ފަސްބައި ދިގުކަމުން މާދުރަށް ފެތުރިފައި އޮތެވެ. ހުދު ދޮންކަމެއް ހަންގަނޑަށް ވެރިވުމާއިއެކު، އެ ސޫރަ ވެސް ބަދަލު ވެއްޖެއެވެ. ރީތިކަމުން ހޫރު ޕަރީ އެކޭ އެއްފަދަ އެވެ. "ބޮޑުދައިތާ!... ބޮޑުދައިތާ!..." ރުޅި އައިސްގެން ގޮސް، ޒިދުމާގެ ދެލޯ ވަނީ ރަތްވެފައެވެ. އެ ބާރު އަޑު މުޅި ތަނުގައި ގުގުމައިގެން ދިޔައެވެ. ހިނގަމުން ދިޔައިރު، ޒިދުމާ މުޅި ގޭތެރެއަށް ނަޒަރު ހިންގަމުން ދިޔަގޮތުން، ކޮންމެވެސް މީހަކު ހޯދަނީކަން އެނގުނެވެ. ގޭގެ ތެރެއިން މައްޗަށް އެރެން ސިޑިއެއް ހުއްޓެވެ. ސިޓީގެ ދެކޮޅުގައި ޖަހާފައިވާ ބޮޑު ރެއިލިންގަނޑުގެ ކައިރީގައި، ދެބައި އުމުރުގެ އަންހެނަކު ހުއްޓެވެ. ޒިދުމާ ނެގީ އެންމެ ފިޔަވަޅެކެވެ. އޭނަ ހުރީ، އެ އަންހެން މީހާގެ ކައިރީގަ އެވެ. "ބޮޑުދައިތާ!... ކިހިނެތް ވެގެންތަ ތިއުޅެނީ؟...މި ހުރިހާ ދުވަހު އަހަރެން ޤައިދު ކޮށްގެން ބޮޑުދައިތައަށް ލިބުނީ ކޮން އުފަލެއް؟..." ޒިދުމާ ހަޅޭއްލަވައިގަތެވެ. "ވެގެން އުޅޭގޮތް ބިހާރާއަށް ނޭނގެނީތަ؟... ބަލަ އިންސާނުންނާ ކައިރި ނުވާން މަށަކަށް ނުބުނެވޭތަ؟... ކަލޭގެ މަންމަ ވެސް މަރުވީ، އިންސާނެއްގެ އަތްދަށުވެގެންނޭ... ބުނީމަ، ބުނާ އަޑު ނީވޭ ވަރުގެ ތުއްތު ކުއްޖެއް ނޫނޭ ބިހާރާ މިހާރު ތީ..." ބޮޑުދައިތަ ސިއްތިޔާ ވާހަކަ ދެއްކި އިރު، އިވެނީ ހަމައެކަނި އަޑެވެ. އަނގަ ހަރަކާތް ކުރާ ތަނެއް ނުފެނެ އެވެ. "މިހާރު އަހަރެންގެ ނަމަކީ، ޒިދުމާ އޭ... ކިތައް ފަހަރުތަ ބުނަންވީ... އީތަން އާ ބައްދަލުވި ހިސާބުން، އަހަރެންގެ ނަން ބަދަލު ކޮށްފިން... މީގެ ފަހުން، ބޮޑުދައިތަ ވެސް އަހަންނަށް ގޮވަން ވާނީ، އެ ނަމުން..." ޒިދުމާގެ ހޭބުއްދި ވަނީ ފިލައިގެން ގޮސްފައެވެ. "އަހަންނަށް ހެޔޮ އަހަރެން މަރުވިޔަސް... އަހަރެން ބޭނުން ވަނީ، އީތަން... ބޮޑުދައިތަ ބޭނުމިއްޔާ އަހަރެން މަރާލިޔަސް ވަރިހަމަ..." ޒިދުމާ އެންމެ ބަހެއް ވެސް ދުލެއް ނުކުރެއެވެ. "ބިހާރާ!..." ސިއްތިޔާގެ މޫނުމަތިން ފެނުނީ، ރުޅިވެރި ކަމެވެ. އެ ބާރު އަޑު މުޅި ތަނުގައި ގުގުމައިގެން ދިޔައެވެ. "އާތިކާ!... އޭނަ ގެންގޮސް ގައިދުކުރޭ..." ސިއްތިޔާ އިޝާރާތް ކުރީ، ޒިދުމާގެ ފަހަތުގައި ހުރި އަޅު އަންހެން ކުއްޖާ އަށެވެ. އެއީ ޒިދުމާ ބަލައި އެގެއަށް ދިޔަ ކުޑަ އަންހެން ކުއްޖާ އެވެ. ޒިދުމާ އެކުއްޖާގެ އަތް ފޮޅުވައިލިއެވެ. ކުއްލިއަކަށް މުޅިތަން އަލިވެފައި ޒިދުމާ ގެއްލިއްޖެއެވެ. އޭނަ އެނބުރި ދިޔައީ އީތަންގެ ކައިރިއަށެވެ. ބޮޑުދައިތަ އެތައް އިންޒާރެއް ދީފައި އޮއްވައި، އެއިން ކަމަކަށް ފަރުވާލެއް ބެހެއްޓުމެއް ނެތިއެވެ. ޒިދުމާ ދިޔައިރު، ވަގުތު ފާއިތުވެއްޖެއެވެ. އީތަންއަށް ހުރިހާ ހަޤީޤަތެއް ފަޅާއަރައިފިއެވެ. މަކަރާއި ހީލަތުން ފެށި އެ ގުޅުން ކުރިއަށް ގެންދާކަށް، އީތަން ބޭނުމެއް ނުވިއެވެ. ޒިދުމާއަށް ދެރައެއް ދޭކަށް ވެސް އޭނަ ބޭނުމެއް ނުވިއެވެ. އީތަން އެދުނީ، ޒިދުމާ އޭނާގެ ދުނިޔެއަށް ދިޔުމަށެވެ. ދެ މީހުންނަށް ވެސް ރައްކާތެރި ވާނީ، އެގޮތް ކަމުގައި ވާތީއެވެ. "ލޯތްބަކީ ހާސިލު ކުރުމެއް ނޫން..." އީތަންގެ އެންމެ ފަހުގެ ޖުމްލަ ޒިދުމާ އޭނާގެ ހިތުގެ އެންމެ ފުނުގައި ރައްކާ ކުރިއެވެ. އީތަން ދެކެވާ މަތިވެރި ލޯބީގައި، ޒިދުމާ އެނބުރި އޭނަގެ ދުނިޔެއަށް ދިޔައެވެ. ދެ މީހުން އެކުގައި ހޭދަކުރި ލޯބިވެތި ދުވަސްތަކުގެ ފޮނި ހަނދާންތައް ހިތުގައި ރައްކާ ކުރަމުންނެވެ. އެނބުރި އޭނަގެ ދުނިޔެއަށް ދިޔައިރު، ޒިދުމާ އިނީ، އީތަންގެ ދަރިއަކަށް ބަލިވެއެވެ. ހިތާމަތަކުން އަރައިގަނެ، ދިރިހުރުމުގެ އުއްމީދު އޭނައަށް އާވީ، އެ ވަގުތުން ފެށިގެންނެވެ. ބަނޑުގައި އެ ވާ ދެ މީހުންގެ ލޯބީގެ ނިޝާން، އޭނަގެ ހަޔާތަށް ދިރުން ގެނެސްދީފި އެވެ. އޭނަ އެ ދަރިފުޅު ބޮޑުކުރާނީ، އިންތިހާއަށް ލޯބި ދީގެންނެވެ. "ދަރިފުޅާ!... ބައްޕައެއްގެ ލޯބި ހޯދައި ނުދެވުނަސް، މަންމައަށް ހިތްބުރަ ނުކުރައްޗޭ..." ބަނޑުގައި ފިރުމާލަމުން ޒިދުމާ ވާހަކަ ދެއްކީ، އަސަރާއި އެކުގައެވެ. "ދަރިފުޅުގެ ބައްޕަގެ އެއްވެސް ކުށެއް ނެތް... ކުށްވެރިޔަކީ، މި މަންމަ... އެކަމުގެ ޝަޒާ މަންމައަށް ލިބެން އޮތީ، މިގޮތަށް..." ޒިދުމާގެ އަޑު ކުރެހުނެވެ. "ވީމޭ ފިދާ..." އީތަންގެ މަތީން ހަނދާން ކޮށްލަމުން ޒިދުމާ އޭނާގެ ދެލޯ މަރާލިއެވެ. (ނިމުނީ)
ވީމޭ ފިދާ
"އެކަމަކު....ދޮންބެ ބުނީމެއްނު ވަލީދޭން ޖެހެނީ ބައްޕައޭ. ދޮންބެއަށް އެނގޭތަ؟ މިންކާގެ ބައްޕަައަކީވެސް މަންސޫރުއެއް........................." އާލިޔާގެ ޖުމްލައިން އަޔާޒުގެ ސަމާލުކަން ހުއްޓުނެވެ. ވަގުތުން ހިތަށް އެރީ މިންކާގެ ބުޅި އިސްތަށިގަނޑެވެ. އޭނަގެ ދައްތަ ހިރާގެވެސް އޮންނަނީ ހަމަ އެގޮތަށް ބުޅި އިސްތަށިގަނޑެކެވެ. މިންކާ މާމައާއި ހެދި އުޅޭއިރު ކޮންމެވެސް ކަމެއް އެނގިގެން އުޅޭފަދައެވެ. އޭނައަށް ކުރާ އިހުތިރާމާއެކު މިފަހަކަށް އައިސް "ދޮންބެ" ވެގެން އުޅޭގޮތުން ތަފާތުކަމެއް އިހުސާސްކުރެވުނެވެ. މިންކާއަށް ހަގީގަތް އެނގެނީބާވައެވެ. އެހެންކަމުގައި ވެއްޖެއްޔާ ސިއްރުކުރުމުގެ މަގުސަދަކީ ކޮބާބާވައެވެ. އަޔާޒު ކުޑަކޮށް ކޮށި އަރާގޮތްވިއެވެ. ދެތިންފަހަރު ކެއްސާލާފާއި ނޭވާ ހަމަޔަކަށް އެޅިއެވެ. "އެހެންވެއްޖެއްޔާ ކޮންފަދަ ބޮޑު ކޯއިންސިޑެންސަކަށްވާނީ. ވާހަކައިންނާއި ފިލްމުން ނޫނީ އެކަހަލަ ހާދިސާއެއް ހިނގާފާނެތަ؟ " އަދާވެސް ލޯ ބޮޑުކޮށްލިއެވެ. "ދިރިއުޅުން އާއްމުކޮށް އެހާ ޑްރެމެޓިކް ނުވިޔަސް އެފަދަ ހާދިސާތައް ވަރަށް ގިނަ. ޚާއްސަކޮށް ބައްޕަމެން ނޭގޭ މައްސަލަ ހެހެ." އާލިޔާ އެހެން ބުނެލިއިރުވެސް މިންކާގެ ބައްޕައަކީ އޭނަގެ މީހަކަށްވާނެކަމަކަށް ހިތަކަށް ނާރުވައެވެ. "ހޫމް. ދޮންބެ މަންސޫރުއަކީ ކާކުކަން އޮޅުން ފިލުވާނަން. މިއަދު އާފަލުކާން އާލިޔާ ހަދާނެއްނެތް ދޯ....ރިމެމްބާ. އެން އެޕްލް އަ ޑޭ ކީޕްސް ދަ ޑޮކްޓަރ އެވޭ...." އަޅުގަނޑު ބޭނުމެއްނޫނޭ ޑޮކްޓަރު ދުރުގައި ބަހައްޓަން..ދުނިޔެއިން އެންމެ ލޯބިވާ އިންސާނާއާއި ދުރުގައި ކިހިނެއް އުޅޭނީ.." އާލިޔާ ހީގަތެވެ. "ދޮންބެދެކެ ލޯބިވާވަރުން ހަމަ އަވަށްޓެރިއަކާ މެރީކުރަނީ ދޯ" "ތިބުނީ ހަމަ ތެދެއް. އޭރުން ހަދާންވާއިރަށް މިގެއަށް ދުވެ އާދެވޭނެ. ހަމައެކަނި ފާރެއް ހުރިކަން." އާލިޔާ މާޒިންމަތިން ހަނދާންވެ ކުޑަކޮށް ރަކިވިއެވެ. މާޒިންގެ ނަން ހިތަށް އެރުމުން މިފަހަކަށް އައިސް ތަފާތު އުދަގުލެއްވެއެވެ. އެ އިހުސާސްތަކާއި ހަގުރާމަކުރަން އޭނަ އައޫޒުކިއެވެ. ޝައިތާނާ ސިކުނޑިއަށް ވަސްވާސްވައްދަން އޭނަ ފުރުސަތެއްނުދޭނެއެވެ. އެހެންމީހުން ބުނާނެއެވެ. އަޅުވެރިކޮށް އުޅެންޏާ ދުނިޔެއިން ލިބޭނީ ކޮން އުފަލެއްހެއްޔެވެ.އެކަމަކު އެހެންބުނާ މީހުންނަށް ނުވިސްނެނީއެވެ. މާތްﷲއާއި އޮންނަ ގުޅުން ވަރުގަދަވުމުން އެލިބޭ ރޫހާނީ ހިތްހަމަޖެހުމާއި އުފާވެރިކަން އިހުސާސްކުރެވޭނީ އީމާންކަމުގެ ފޮނިކަން ލިބިގަނެވުނު މިންވަރަކުންނެވެ. ވާޖިބަކަށްވީތީ އަދި މިސްކިތަސް އެރިޔަސް ނިތްތެޅިޔަސް އެ ގުޅުން ވަރުގަދަވެ އީމާންކަމުގެ ފޮނިކަމެއް ނުލިބޭނެއެވެ. އެހިސާބަށް ދާން މަސައްކަތް ކުރަންޖެހޭނެއެވެ. ގުރުއާނާއި ހަދީސުގައިވާ ގޮތަށް އުޅެ ކޮންމެ އަޅުކަމެއް އޭގެ ފުރިހަމަގޮތުގައި ކުރުމުން ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުނީއެވެ. އާލިއާއެކު އުޅެން ފެށުމުން އެއްވެސް ކަމެއްގައި ކަންބޮޑުވުމެއްނެތި އާލިޔާ އަބަދު ހިނިތުންވެ އުފަލުގައި ހުރުމުން ވައިރަސްއެއް ފަދައިން އެ އުފާވެރިކަން އެހެންމީހުންނަށް ފެތުރެއެވެ. މައިންބަފައިންނާ ލޯބިވެރިޔާއާއި ވަކިވެ އެހެން ދިރިއުޅުމެއް ފެށުމުން އަދާ ގެ ހިތަށްވެސް އެފަދަ އުފާވެރިކަމެއް ލިބިއްޖެއެވެ. *** މިންކާ ނިދިގަނޑެއް ޖަހާލާފައި ހޭލެވިގެން ވަގުތުން އަތް ކާއްތާލީ ފޯނު ހޯދުމަށެވެ. އާލިޔާ ވައިބާއިން ދެއްކި ވާހަކަ ފެނި އޭނަގެ ނިދިފިލައިފިއެވެ. ހާސްވުމާއެކު އިނގިލީގައި ދައިގަނެވުނެވެ. އަޔާޒްއަށް މަންސޫރަކީ އާލިޔާގެ ބައްޕަކަން އެނގިގެން ނުވާނެއެވެ. އެކަން އެނގިއްޖެއްޔާ ބައްޕަގެ ލޯބިން އޭނަ މަހުރޫމްވެދާނެއެވެ. އޭނަގެ ހިތް އާލިޔާއަށްޓަކާ ހަސަދައިން ފުރިދާނެއެވެ. މީރާއަށް ވިފަދައިންނެވެ. އާލިޔާ ހުންނަން ޖެހޭނީ އޭނަގެ އެކުވެރިއެއްގެ ގޮތުގައެވެ. ކޮއްކޮއެއްގެ މަގާމުގައެއް ނޫނެވެ. ބައްޕަގެ ބޮލަށް އެރޭނެ ގޮތަކާއިމެދު އޭނަ ވިސްނިއެވެ. އަޔާޒްއަށް އެހާ ފަސޭހައިން އެކަން ކާމިޔާބު ވިޔަދީގެން ނުވާނެއެވެ. "އާލިޔާ. ނޫން. އަހަރެންގެ މަންމަ ބައްޕައާއި ވަކިވެގެން ދިޔައީއެއް ނޫން. މަންމަ ނިޔާވީ. ފޮޓޯތައް ވެސް ވަރަށް ތަފާތު. އެދުވަހު އާލިޔާގެ މަންމަގެ ފޮޓޯދެއްކީމެއްނު. މުޅިން ތަފާތު. އެއީ އެހެން މީހެއް.." މިންކާ ޓައިޕްކޮށްފައި ފޮނުވުމަށްފަހު ހާސްކަމުގެ ނޭވާއެއްލިއެވެ. ލޯގަނޑު ދޮށުގައި ހުއްޓި މިންކާ ދުޢާކުރިއެވެ. އެއަށްފަހު ބުރުގާއެޅިއެވެ. ބުރުގާ އެޅުމުން އަރްސަން ފޫޫހިވެދާނެކަމަށް ހީކުރުމަކީ މޮޔަކަމެކެވެ. އަރްސަންގެ ލޯބި ހާސިލުކުރެވޭނީ ދީނަށް އުޅުނުވަރަކުން ކަން ނޭގެއެވެ. ސްޓައިލިޝް ބުރުގާއެކެވެ. ތަންކޮޅެއް ބާރު ހެދުމެކެވެ. "ސްޓިލް މޮޑެސްޓްދޯ. ސްޓައިލިޝް އަރަބި ކުއްޖަކާ ވައްތަރީ ހެހެ.." މިންކާ އޭނަގެ ޗަބީކޮލުގައި ހިފައިލިއެވެ. ހިކިލަން އިތުރު މަސައްކަތެއްކުރަންވީއެވެ. މިއަށްވުރެ ބަލައިލަން ފަސޭހަވާނެކަން ނޭގެއެވެ. މިންކާ އާލިޔާމެންގެއަށް ދިޔަ މަގުމަތީގައި "ސްކައިޕެލެސް" ފެނުމުން ވަދެނުލާ ދާކަށް ހިތެއް ނުރުހުނެވެ. އޭނަގެ މަގުސަދަަކީ މާޒިންއާއި އާލިޔާ ގުޅުމެވެ. އޭނައާއި އަރްސަންވެސް މެއެވެ. އޭރުން އޭނައަށް އާލިޔާގެ ހަގީގަތްވެސް ބުނެވިދާނެއެވެ. އާލިއާއަކީވެސް ގަދަރުވެރި މަހުޖަނެއްގެ ދަރިއެކެވެ. ފަރުދާގައި ފޮރުވިގެން ހުއްޓަސް މީރާފަދަ ފަތްމިންޏެކެވެ. މީރާގެ ޑަބަލްއެއްފަދައެވެ. މީރާފަދައިން ބާރު އެއްޗެހި ލާ މޭކަޕްކޮށްފިއްޔާ ތަފާތެއްނުވާނެއެވެ. މިންކާ އެގެއަށް ވަނުމާއެކު ކަންފަތުގައި ޖެހުނީ ޕިއާނޯ ކުޅޭ އަޑެވެ. އާއްމުކޮށް ކުޅޭނީ އަރްސަންއެވެ. ދެލޯ ބޭގަރާރުކަމާއެކު ހޯދީ އަރްސަންގެ ސޫރަ ދެކެލުމަށް އެދިހުރެއެވެ. ބޯ އަރިކޮށްފައި ބަލަނިކޮށް ބަޔަކު އަންނަހެން ހީވެގެން ބަލައިލިއިރު ފެނުނީ ސުކައިނާއާއި އުއްމު ކުލްސޫމެވެ. ދެމީހުން ގައުމީ ހެދުމުގައި ނަލަވެގެން ތިބިގޮތުން ކޮންމެވެސް މުހިއްމު އިވެންޓަކަށް ގޮސްފައި އަންނަނީކަން މިންކާ ދެނެގަތެވެ. އުއްމު ކުލްސޫމްގެ އެ އުމުރުގައިވެސް އޭނަގެ އިންޓަވިއުތައް ނޫސްތަކުން ގެނެސްދެނީ އޭނަގެ މަޝްހޫރުކަމާއި އެ ޚާންދާނުގެ ޝާހީކަމުން ކަން ނޭގެއެވެ. އެ އުމުރުގެ އެންމެ ރީތި އަންހެނަކަށް ދެން އޭނަ ދެކެފައިވަނީ އުއްމުކުލްސޫމްގެ ކޮއްކޮއެވެ. މޫނުގައި ރުލެއް ނުހުންނައިރު ދޮންކަމުން ދިއްލިފައެވެ. ހަމައެހާ ރީތި އަޅި ލޮލެކެވެ. އިނގިރޭސިން ވާހަކަދައްކާލެއް ހިތްގައިމުކަމުން މިންކާވެސް އާޝޯޚުވެއެވެ. ސުކައިނާ ފޯނެއްގައި ހުއްޓަސް މިންކާގެ ބުރަކަށީގައި ފިރުމާލާފައި ހާލު އޮޅުން ފިލުވިއެވެ. އިޝާރާތުން އެބަ އަންނަމޭ ކިޔާފައި ލިފްޓަށް ވަނެވެ. އުއްމު ކުލްސޫމް މިންކާ ގޮވައިގެން ގޮސް ސޯފާއެއްގައި އިށީދެފައި ގާތުގައި ބޭންދިއެވެ. "މިންކާއާއި އަދާގެ އެކުވެރިއެކޯ އާލިއާއަކީ. އެކުއްޖާޔާހެދި ޔޯ އަދާވެސް އަރްސަންއާއި ރުޅިވީ..." އުއްމު ކުލްސޫމް ބުނަންފެށިއެވެ. މިންކާގެ ހިތް ރޫރޫ އަޅައިލިއެވެ. "ނޫން ތި އިވިވަޑައިގެންފައިވަނީ މުޅިން ރަގަޅުވާހަކައެއް ނޫން. އެއީ އަދާގެ އަމިއްލަ ނިންމުމެއް. އަޅުގަނޑަށް ޔަގީންކަމާއެކު ދަންނަވަން ކެރިދާނެ. އާލިޔާއަކާ އެ ކައިވެނި ނުވުމާ އެއްވެސް ގުޅުމެއް ނެތް.." މިންކާ ފުންނޭވައެއް ދޫކޮށްލިއެވެ. "މާޒިން އާލިޔާ އާއި ކައިވެނިކުރަން އުޅޭކަން މިންކާއަށް އެނގޭތަ؟" "އެކަހަލަ ވާހަކައެއް އެހިން...." "އެހާ އަޅުވެރި ނިގާބީ ކުއްޖަކު މާޒިންއާއި އިންނަން ގަބޫލުވި ސަބަބަކީ ކޮބާ؟ " އުއްމުކުލްސޫމް އެހިއެވެ. "ޔަގީނުންވެސް ގަދަރުވެރިކަމާއި ފައިސާއާއިހެދި އެއްނޫން....." މިންކާ އާލިޔާ ދިފާއުކުރިއެވެ. "އެކަހަލަ ކުދިން އިންނަން ރަގަޅީ ޝޭޚަކާ ނޫންތަ. މާޒިންމެންގެ އުޅުމާއި އާދަކާދައާއި އާލިޔާ ނުގުޅެންޏާ މިގޭގައި އެކުއްޖާއަށް އުޅެވިދާނެތަ؟މިގޭތެރޭގެ ހާލަތު މިންކާއަށް އެނގެއެއްނު. ކުލަ ޖެހިފަކާއެއްނެތް. ޔޫރަޕްގެ ގެއަކަށް ވަދެވުމަކީ ތަފާތެއްނެތް. ކޮންމެހެން އެކަމާ ފަޚުރުވެރިވަނީއެއް ނޫން. މުސްލިމުން ވެއްޖެއްޔާ ދީނީ ކުލައެއް ފެންނަންވާނެ. އެކަމާ ހިތާމަކުރަން އެކަމަކު މިޒަމާނުގެ ކުދިންގެ އުޅުން...." އުއްމުކުލްސޫމް ކުޑަކޮށް ހިނިތުންވެލިއެވެ. "އައިމް ވޮންޑަރިން. މިގޮތަށް ވާހަކަ މިހިރީ އުއްމުކުލްސޫމް މިގުޅުމާއި ދެކޮޅީ ހެއްޔޭ ނޫނީ ލައިކްވަނީ ބާ..." މިންކާ އަމިއްލަ ޟަމީރާއި ވާހަކަދެއްކިއެވެ. "ވީއިރު މިކަން ކުރިއަށް އެބަދޭ އެހެންނު. މިންކާ ހިތްހަމަޖެހޭތަ؟މިބުނީ ކުރިން މާޒިން މިންކާގެ ކޮއްކޮއާއި ކައިވެނިކުރަން ނިންމާފައި އޮތްވާ ހިތާމަވެރި ހާދިސާއެއް ހިނގީ. އެހާ އަވަހަށް މާޒިން މިގޮތަށް ނިންމުމުން ކީކޭ ހިތަށް އެރީ؟ " "އައި ޑޯންޓް މައިންޑް. ސަބަބަކީ އާލިޔާއަކީ ވަރަށް ރަގަޅު ފްރެންޑެއް. ގައިޑެންސް ލިބުމުގެ އަސްލަކީ އޭނަ. މިހެން މިދެންނެވީ ކުރިން ބުރުގާ އަޅަން ހިތަށް ނާރާ. މި ރަމަޟާންމަހު ވަރަށް ގިނަ ފިލާވަޅުތައް ލިބި ވަރަށް ގިނަ ކަންތައް ދަސްވެއްޖެ. ތިވިދާޅުވި ފަދައިން އަޅުގަނޑުމެންގެ ޕޭރެންޓުން އަޅުގަނޑުމެން ބޮޑުކުރީ ހުޅަގުގެ އަވައިގާ ޖެހި އެގޮތަށް ނިވާކަން ކުޑަ ހެދުން އަޅުވާ މޭކަޕްކޮށް މިނިވަންދޫނި ތައް ފަދައިން އުދުހެން ދޫކޮށްގެން. މަރުވެދާނެކަމަށް ވިސްނާދީ ދީން އުގަންނާދީފައެއް ނުވޭ. ހުސްއަތާ މާތްﷲގެ ހަޟުރަތަށް ދިޔުމުން މި ހުރިހާ މުއްސަދިކަމުގެ ބޭނުން ކެނޑޭނެކަން ބުނެދީފައެއްނެތް. ދުނިޔޭގެ ހުރިހާ އުފާތަކެއް މީރާއަށް ލިބުނުއިރު ކޮއްކޮވެސް މަރުވެ ދިޔައީ ހުސް އަތާ. ބައްޕަމެން ކޮއްކޮއަށްވެސް އާޚިރަތަށް މަސައްކަތް ކޮށްދިންނަމަ. މިއަދު ކޮއްކޮގެ ހާލު ދެނެވޮޑިގެންވަނީ ހަމައެކަނި އެފަރާތުން. އަޅުގަނޑަށް އެނގެނީ....." މިންކާގެ އަޑު ކުރެހޭގޮތްވިއެވެ. "އާލިޔާގެ ސޯލް ވަރަށް ބިއުޓިފުލް. ﷲ ނޯސް ބެޓާ އެކަމަކު އަޅުގަނޑަށް ފީލްވާގޮތަށް މި ދެންނެވީ. ވީމަ އާލިޔާ މާޒިންއާއި ކައިވެނިކުރުމަކީ މިގެއަށްވެސް ހުރި ރަހުމަތަކަށް ހަމަވެދާނެ..." މިންކާގެ ވާހަކަތަކުން އުއްމު ކުލްސޫމްއަށްވެސް އަސަރުތަކެއް ކޮށްފިކަން ނޭގެއެވެ. ލޯ ފެންކަޅިވިއެވެ. މާޒިން އެތަނަށް ނުކުތުމުން އެވަގުތު ދެކެވެމުން ދިޔަ ވާހަކަ މެދުކަނޑައިލެވި ދެމީހުންގެ ސަމާލުކަން މާޒިންއަށް ހުއްޓުުނެވެ. އޭރު ފަހެއްޖަހަނީއެވެ. މާޒިން ފެންވަރާލައިގެން ހުރުމުން ދުވާ މީރުވަހާއެކު މޫނުމަތިން ތާޒާކަން ފައުޅުވެއެވެ. އިސްތަށިގަނޑު ފެންތިކިތަކުން ވިދައެވެ. "ގުޑްމޯނިން މާމާ......" މާޒިން ގޮސް އޭނަގެ މާމަގެ ގައިގާ ބައްދާލައިފިއެވެ. "ދެންމެތަ މޯނިން ވީ.." މިންކާ ދެލޯ ބޮޑުކޮށްލިއެވެ. "މިއީ ކާކުތަ؟ "މާޒިން އެގުނުކަމަކަށް ނެހެދިއެވެ. "ބުރުގާ އެޅިޔަސް މިއީ ހަމަ މިންކާ. ބޮލުގައި ފޮތިކޮޅެއް އެޅިޔަސް މޫނު ވަކިކުރަން އެނގެންވާނެއްނު...." މިންކާ ހިނި އައެވެ. "އަސްލު ބުރުގާ އެޅީމަ ވަރަށް ތަފާތުވެއޭ. ހޫމް ދެންމެ ހޭލީ. ރޯދަމަހު އެންމެ އަވަހަށްވެސް އެނދުން ހިއްލައިލެވޭނީ ތިނެއްޖަހާއިރު. ރޯދަކުރުވާނެއްނު............"މާޒިން ދެފައި ބިއްލޫރި މޭޒަށްލައިގެން ކަންނެތްކޮށް އޮށޯވެލިއެވެ. "ނޫން. ތިހެން ރޯދަހިފުމުގެ ބޭނުމެއްނެތެއްނު. އައި މީން އާލިޔާ ބުނާގޮތުން ނަމާދުނުކޮށް ދުވާލު ހަތަރުދަމު ނިދުމުން ރޯދަ ބާތިލްވާނެ. ބޭކާރުކޮށް ބަނޑުހައިކަން އިހުސާސްކުރުމަށްވުރެ ކައިގެން ހުރީމަ ޒިންއަށް ރަގަޅުވާނީ..ސަބަބަކީ ނަމާދުނުކޮށް ކުރާ އެއްވެސް އަޅުކަމެއް ގަބޫލުނުކުރައްވާނެ. އެންމެ ކުރިން ސުވާލުކުރެވޭނީ ނަމާދާއި ބެހޭގޮތުން..." މިންކާ ބުނެދިނެވެ. "ގޯޑް. ހަމަ އާލިޔާގެ އެސިސްޓެންޓުންވެސް ހަމަ ދަރުސް ދިނުމުގައި. އާލިޔާ ގާތު ބުނެބަލަ އޯލްމައިޓީ އިޒް ދަ މޯސްޓް މާސިފުލްއޭ ހީ ވިލް ފޮގިވްއޭ..." މާޒިން ލޯ އަޅައިލިއެވެ. "މާޒިން. ކޮންއިރަކުން މާމަމެން އާލިއާއާއި ބައްދަލުކުރުވަނީ؟ "އުއްމު ކުލްސޫމް އިނީ ޝައުގުވެރިވެފައެވެ. "އެކުއްޖާ މިގެއަށް އަންނާކަށް ބޭނުމެއް ނުވެޔޯ..." މާޒިން އެއްމިޔަކަނުން ހީލިއެވެ. "އެއީ ކީއްވެ؟ " "މާމަ މިންކާ ގާތުން އައްސަވާ. ސަބަބަކީ އާލިޔާ ފޮނުވީމައެއްނު މިންކާ މި އައީ...." މާޒިން ބުނެލިއެވެ. ޕިއާނޯގެ އަޑު ކެނޑުމުން މިންކާގެ އަތްފައި ކުރިއަށްވުރެ ފިނިވިއެވެ. އަރްސަން މިތަނަށް އަންނާނެބާވައެވެ. "ނޫން އާލިޔާ ފޮނުވައިގެނެއްނޫން. މިހެން ދަމުން ވަދެލީ." މިންކާ ފިނިވެފައިވަ ދެއަތް އުގުޅައިލިއެވެ. ބިއްލޫރި ކުޑަދޮރުތަކުން ބޭރުގެ މަންޒަރުތައް ފެންނައިރު ވެހިފައިވާ ބޯ ވާރޭގެ ސަަބަބުން ތެމިފައިވާ ގަސްތަކުގައި ފޮޅިފައިވާ މާތައް ތާޒާކަމުން ބަލާ ބަލާ ފޫހިނުވާވަރުވެއެވެ. މާހައުލު އަދިވެސް އޮތީ ނިކަން ފިނިކޮށެވެ. މިގޭތެރެއަށް ވަނުމުން ދުވާ ލެވެންޑާގެ ހިތްގައިމުވަސް ފިނިކަމާ އެކުވުމުން ރޫހުވެސް ތާޒާވެއްޖެއެވެ. ޚާއްސަކޮށް މިގެއަކީ އޭނަގެ ހިތުގެ ފިނިކަމުގައިވާ އަރްސަން ދިރިއުޅޭ މަކާންކަމުން މިތަނަށް ހިތުގައި އެހެން ކަހަލަ ލޯތްބެއްވެސް ޖެހިއްޖެއެވެ. އިރުގަނޑެއްވާންދެން އެކިކަހަލަ ވާހަކަތަކެއްގައި ތިބެފައި މާޒިން ބޭނުންވީ އޭނައާއެކު ގަސްތަކުގެ ތެރެއަށް އައުމަށެވެ. މާޒިން މިންކާގާތުން އާލިޔާ އެންމެ ރުހެނީ ކޮންކަހަލަ އެއްޗެއް ތޯއާއި ހަދިޔާއަކަށް ދިނުމަށް ރަގަޅުއެއްޗެއް އެހިއެވެ. އޭނަ ހުރީ މާޒިންއާއި އާލިޔާ ގުޅުވާހިތުން ކެތްމަދުވެފައެވެ. އެ ކައިވެނި ކުރުވުުމުން އަރްސަން މުޅިން އޭނައަށް މިލްކުވީއެވެ. މިންކާ ގަސްތަކުގެ ތެރޭ ހިނގަމުން ދިޔައިރު ދޭތެރެއަކުން ބެލްކަންޏާއި ޓެރެސްއަށްވެސް ލޯ ހިންގައިލެވެއެވެ. އަރްސަން ފެނުމަށް އެދި ހިތް މޮޔަވާވަރުވެއެވެ. އެކަމަކު އޭނަ މާޒިން ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނެވެ. މާޒިން ކަތުރަކުން ރަތް ފިނިފެންމާތައް ބިނދެފައި ތަރުތީބުކޮށްފައި މިންކާއަތަށް ދިނެވެ. އޭނަ ނޯޓްކޮޅެއްގައި "ޔޫ ހޭވް މައި ހޯލް ހާޓް. ވިތް ލަވް މާޒިން " ލިޔެފައި ބުކޭގައި ތަތްކުރިއެވެ. އެމަސައްކަތްކުރިއިރުވެސް މީރާ މަތިން ހަދާންވެ ހިތަށް އުދަގޫކުރިއެވެ. ނަމަވެސް މިއީ މީރާއަށް ބޭވަފާތެރިވުމެއް ނޫނެވެ. އާލިޔާއަކީ އަރްސަންގެ މީހެކެވެ. އޭނަގެއެއް ނޫނެވެ. އެންމެ ފޫހިވަނީ އާލިޔާގެ މޫނު ފެނިފައިވާތީއެވެ. އެކުއްޖާ ފެނުމުން މީރާ ހަދާންވާތީއެވެ. އާލިޔާ އާއިއެކު އުޅެންޏާ ދުވަހެއްގެ ކޮޅުންވެސް މީރާގެ މަތިން ހަދާން ނައްތާނުލެވި މީރާގެ ހިޔަނިކަމުގައިވެގެން އެކުއްޖާ ހުންނާނެއެވެ. *** ުދަމު ނިދުމުން ރޯދަ ބާތިލްވާނ.ެޮށް ދުވާލު ހަތަރުދަމު ނިދުމުން ރޯދަ ބާތިލްވާނ.ެސަމާލުކަން މާޒިންއަށް ހުއްޓުުނެވެ. ޅުވާ މޭކަޕްކޮށ މިންކާ އެގެއިން ނުކުތީ ކާރުތައް ސްކައިޕެލެސްއަށް އަންނާން ފެށުމުންނެވެ. ރޯދަ ވީއްލަން ދައުވަތުދީފައިވާ އާއިލާގެ މެމްބަރުންތަކެވެ. އެންމެންވެސް ތިބީ ފެޝަން އަގުބޮޑު ހެދުންތަކުގައި މޭކަޕްކޮށްލައިގެންނެވެ. މިއީ ހަގީގަތުގައި އޭނަވެސް ކުރިން އުޅުނު ދުނިޔެއެވެ. މިހާރު މިކަންތައް ފެނުމުން ދުނިޔަވީ އުފާތަކަށް ހަަމައެކަނި ގެއްލި އާޚިރަތް ހަދާން ނެތެނީހެއްޔޭ އެހޭ ހިސާބަށް އާލިޔާ އޭނަގެ ވިސްނުން ބަދަލުކުރުވައިފިއެވެ. އާލިޔާމެންގެ ގެއަށް ވަނުމުން އަމާންކަން އިހުސާސްކުރެވުނެވެ. ކޮންމެވެސް ދިމާލަކުން ހިތްގައިމު ރާގަކަށް ގުރުއާން ކިޔަވާ އަޑު އިވުމުން މިންކާ ހިނިތުންވެލިއެވެ. ސަލާމް ގޮވައިލުމުން އެތެރެއިން ސަލާމްގެ ޖަވާބު އިވުނެވެ. ބަޓަރުކޭކު ފިހޭ މީރުވަހުން ގޭތެރެ އެއްވަސްވެފައެވެ. ނަސީބަކުން ދިމާވީ އާލިޔާއާއެވެ. އޭނަވެސް ނުކުތީ އިސްތަށިގަނޑު ޝޭމްޕޫކޮށްގެން ފެންވަރާލައިގެންކަން ނޭގެއެވެ. ތެމިފައި އޮތް ބުޅި އިސްތަށިގަނޑު ވިހުރުވާލާފައި އޮތްއިރު ލައިގެން ހުރި ކަޅު ޓީޝާޓާއި ދޫ ފްލޯރަލް ހަރުވާޅާއި ނިކަން ގުޅެއެވެ. މާޒިންފަދައިން އާލިޔާވެސް މުޅިން ކަޅުކުލައިގައެވެ. "ކޮބާ އެހެންކުދިން.." އޭނަ ސުވާލުކުރިއެވެ. "ދޮންބެ ރޫމްގައި. މާމަވެސް...." އާލިޔާގެ ނަޒަރު އެންމެ ކުރިން ހުއްޓުނީ މިންކާގެ އަތުގައި އޮތް ބުކޭއަށެވެ. "ދައުވަތު ނުދިނަސް އިފްތާރަށް މިއައީ. އަންނަމުން ސްކައިޕެލެސްއަށް ވަދެލިން. ދެމީހުން އެއް ފަހަރާ ފެންވަރަންވަނީ ހަމަ ބުނެ ކިޔާފައި އެއްގަޑިއެއްގައިތަ." މިންކާ ދިމާކުރިއެވެ. "ތިބުނީ...." އާލިޔާ މައުސޫމްގޮތަކަށް ލޯ ބޮޑުކޮށްލިއެވެ. "މިބުނީ މާޒިންވެސް އެގަޑީގައި ފެންވަރާލައިގެން ނުކުތީ. އަދި ބްލެކް ޓީޝާޓަކާއި ދިގުސޯޓެއްލައިގެންނޭ ނުކުތީ ހެހެ. އޭނަދިން ހަދިޔާއެއް. ކިހާ ލޯބި. އަހަރެމެންނަށް މިކަހަލަ ގިފްޓެއްދޭނެ ލޯބިވެރިޔެއް ނުހުރޭ. އަދި މިއޮތް ނޯޓްކޮޅެއް. ކޮންފަދަ ކިއުޓް....." މިންކާ ދިއްކޮށްލުމުން އާލިޔާ ރަކި ހުނުމަކާއެކު އޭގައި ހިފިއެވެ. ބައެއްފަހަރު ކިތަންމެ އަޅުވެރިކޮށް އުޅެން މަސައްކަތްކުރާ ކުއްޖަކަށްވެސް އެންމެ ރުހޭ ފަރާތުން މަލުގެ ހަދިޔާއެއް ލިބުމުން ހިތް ވަގުތުކޮޅަކަށް ނަމަވެސް އޮޔާ ބެހިގެން ހިނގައިދާނެއެވެ. މާޒިންއަކީ އޭނަގެ ފިރިމީހާއަށް ވާން އެންމެ އެކަށީގެންވާ ޒުވާނާއޭ ހިތަށް އަރާ ސަބަބުތަކުގެ ތެރެއަށް މި ސަބަބުވެސް ލެވިދާނެއެވެ. މިންކާއަތަށް މާ ތައް ދީފައި ފޮނުވިކަމީވެސް މާޒިންގެ ރަގަޅުކަމެވެ. ހަލާލް ގުޅުމަށް އޭނަވެސް އިހުުތިރާމް ކުރަނީކަމަށް ވެދާނެއެވެ. އެކަމާ އާލިޔާ ވަރަށް އުފާވިއެވެ. މާޒިންއަށް އޭނަ އެއްކަލަ ދުވަހު ޖެއްސިހާ ވައްތަރުތައް ފެނުނު ހަދާންވެސް މިފަހަރުވެސް އާވިއެވެ. މަސްހުނި އިހުސާސްތަކުން އޭނަ ގެ ސިކުނޑިއަށް ހައިޖާނެއް ގެނުވައެވެ. ވީއިރު މިހާރުއްސުރެ މާޒިން ފޮނުވާ ހަދިޔާތައް ފޮރުވުން ރަގަޅުކަމުގައި ނިންމީއެވެ. ނަމަވެސް ހަމައެކަނި މާތަކެވެ. ނޯޓްކޮޅުތަކެވެ. އާލިޔާ ކޮޓަރިއަށްވަދެ ފެންއަޅާފައި ވާސްއެއްގައި މާތައް އަތުރާލާފައި ނޯޓްކޮޅު ކިޔާލުމުން މޫނު ރަތްވިއެވެ. ކޮންފަދަ ތަފާތު ލަފުޒުތަކެއް ހެއްޔެވެ. އޭނަ މޫނު ފެނުމުން މާޒިންއަށް އޭނަދެކެ ލޯބިވެވުނީބާވައެވެ. މި ނޯޓުން ވެސް ދޭހަވަނީ ލޯތްބެވެ. އާލިޔާގެ މޮޔަހިތް މާޒިން އޭނަދެކެ ލޯބިވެއްޖެކަމަށް ގަބޫލުކޮށްފިއެވެ. ލޯތްބާއި ބެހޭގޮތުން އެއްވެސް ކަމެއް އޮޅުންނުފިލާ އަދި ދުވަހަކު ކުއްޖަކާ ރައްޓެހިވެފައި ނުވާ އާލިއާއަށް މީހަކު ކޮންމެފަދަ ލަނޑެއް ދޭން އުޅުނަސް ވިސްނޭނެކަމެއް ނޭގެއެވެ. އެހާ ތަޖުރިބާއެއް ނެތެވެ. އަލަށްވެސް މިފެންނަނީ މާޒިންގެ ހަދިޔާއާއި ނޯޓެވެ. މިއީ ހަލާލްކަމެއް ހެއްޔެވެ؟ އޭނަ ބޭނުވީ ކައިވެނީގައި ބަރަކާތް ލެއްވުމެވެ. މާތްﷲއަށްޓަކާ ލޯބިވުމަށެވެ. ހަލާލު ގުޅުމަކަށެވެ. މާޒިންގެ މެސެޖެއް އެވަގުތު އައުމުން އާލިޔާ ކަންބޮޑުވިއެވެ. ސީރިޔަސްކޮށް ޝައިތާނާގެ ދަންތުރައެއްގައި ޖެހި އޭނަ މަގު އޮޅެނީބާވައެވެ. "އާލިޔާ. ކީއްކުރަނީ ހާދަ ލަސްވެއްޖެއޭ..."މިންކާ ބޯ ދިއްކޮށްލިއެވެ. "އަދި އެނގޭތަ އުއްމު ކުލްސޫމް ބޭނުންފުޅުވެޔޯ އާލިޔާއާއި ބައްދަލުކުރަން..." "ސުބުހާނަﷲ އެގޭ މީހުންނަށްވެސް އެނގެނީތަ؟ "އާލިޔާ ފޯނު ބާއްވާފައި ނިކުންނަން އައެވެ. "މާޒިންގެ އާއިލާއަށް އެނގިގެންތާ މެރީ ކުރެވޭނީ. އެއާއިލާއިން އަންނާނެ ބައްދަލުކުރަން. ދެން އާލިޔާ އެބޭފުޅުން ވަޑައިގަންނަވާއިރުވެސް ހުންނާނީ މޫނު ފޮރުވައިގެންތަ؟ " މިންކާ އެހިއެވެ. "ނޭގޭ ތި ވާހަކަދެއްކީމަ ނާވަސް އެބަވޭ...." އާލިޔާގެ އަތްތިލަ ގަނޑުފެންކޮޅެއްހާ ފިނިވުމުން މިންކާއަށް އެކަން ޔަގީންކޮށްދޭން އެއަތުގައި ހިފައިލިއެވެ. "ޕްލީޒް ނޫނެކޭ ނުބުނައްޗޭ. ވަރަށް ގިނަކުދިން މާޒިންގެ ފަހަތުން އުޅޭ. އަތުތެރެއިން ވެސް ދަމައިގަންނަން ތައްޔާރަށް ތިބޭނީ. އާލިޔާގެ ސަބަބުން މާޒިން ބަދަލުވީމަ ކިހާ ސަވާބެއްލިބޭނެ." ދެކުދިން ވާހަކަދައްކަމުން ކާކޮޓަރިއަށް ދިޔައިރު އަދާ ހުރީ މޭޒުމަތި ތައްޔާރުކުރުމުގައި އަވަދިނެތިއެވެ. ބަންގިގަޑިއަށް އެންމެން ދުޢާކޮށް ކަަދުރުން ރޯދަ ވީއްލިއެވެ. ކެއުމާއިގެން މަޝްޣޫލުނުވެ އެންމެ ކުރިން ޖަމާއަތުގައި ނަމާދުކުރީއެވެ. އާލިޔާގެ އަޑު ރީތިކަމާއި ރާގު ކަމުދިޔަވަރުން އެހެން ކިޔަވަން ދަސްކުރަން މިންކާވެސް ބޭނުންވިއެވެ. ނަމާދަށްފަހު ކާންތިބި ގަޑީގައި އަޔާޒު މިންކާ ގާތުން މަންސޫރު ނަމްބަރު އެހުމުން މިންކާ ކުއްލިއަކަށް ހާސްވިއެވެ. އޭނަ އުޅުނުގޮތް ބަލަން އަޔާޒް ހުރީ ހައިރާންވެފައެވެ. އެހާވަރުން ހާސްވެގެން އުޅެން ބޮޑު ސުވާލެއްވެސް ނޫނެވެ. "އަޅުގަނޑުގެ ޝަކުވާއެއް ކުރަންތޯ؟ " މިންކާ ކަންބޮޑުވާފަދަ ގޮތަކަށް ހެމުން އިސްޖެހިއެވެ. ނިތްކުރީގައި ކޮންމެވެސް ވަރަކަށް ދާތިކިތައް ވިދާލައިފިއެވެ. "ނޫނޭ. ކޮންކަމަކާ." އަޔާޒްއެހިއެވެ. "ލައިކް...އަޅުގަނޑު އާލިޔާގެ މާމައަށް ބުދެއް ގެނެސްދިނީމަ..." މިންކާ ފޯނު ހާވަން ފެށިއެވެ. "އެއީ މައްސަލައެއްނޫނޭ......"އަޔާޒު ހިނިތުންވެލިއެވެ. "ތިހޯދަނީ ނަމްބަރުތަ؟ " "ލައްބަ.....އެކަމަކު އައި ތިންކް ބައްޕަގެ ހުއްދަ ހޯދާފައިހެން އަޅުގަނޑު ނަމްބަރު ދޭނީ.....އައިމް ސޮރީ ބަޓް....ހީ މައިޓް.....ފަހަރެއްގައި ބައްޕަ ހިތްހަމަނުޖެހިދާނެތީ. އެކަމަކު އަޅުގަނޑަށް އެހިދާނެތޯ ބައްޕަގެ ނަމްބަރު ހޯދާ ސަބަބު.." މިންކާ ހާސްވީފަދަ ގޮތަކަށް ބުނެލަމުން ފޯނު މޭޒުމަތީ ބޭއްވިއެވެ. "މިންކާ. ސަބަބަކީ އަޅުގަނޑަށް މެރީ ކުރެވެން އޮތީ ބައްޕަގެ ވަލީ ލިބިގެން. އޮފްކޯޒް ނުލިބުނަސް ކުރެވޭނެ ބައްޕަ ހުރިތަނެއް ނޭގެންޏާ. އެކަމަކު ބައްޕަ ދުނިޔޭގައި ހުރެއްޖެއްޔާ އެންމެ ރަގަޅުގޮތަކީ ބައްޕަ ވަލީދިނުން. މިންކާގެ ބައްޕައަށްވެސް މަންސޫރު ކިޔާތީ ރޫލްއައުޓްކޮށްލަން. އެކަމަކު އެއީ ބައްޕަ ނޫންކަން އެނގޭ...ސްޓިލް ކޮންފާމްކޮށްލަން ދޮންބެ ބޭނުންވަނީ.." އާލިޔާ ތަފްސީލްދިނެވެ. "އޯ......." މިންކާ ހާސްކަން އިތުރުވިއެވެ. "ސޯ މިރޭ ގެއަށް ގޮސް އެބަ ފޮނުވަން ނަމްބަރު. ޔޫ ކެން މީޓް ހިމް....." މިންކާ އަޔާޒްއާއި ހަތަރުކަޅި ހަމަކޮށްލަން އުޅެފައިވެސް ދުރަށް ބެލިއެވެ. މިންކާ ފޮރުވަން އުޅެނީ ކޯންޗެއް ބާވައޭ އަޔާޒުގެ ހިތަށް އެރިއެވެ. މިންކާއަކީ ހަމަ އޭނަގެ ދައްތަގެ ދަރިއެއްބާވައެވެ. ސިކުނޑީގެ ކަނަކުން ބުނެދެނީ އިހުސާސްވަނީ އެފަދަ ގޮތެކެވެ. މިންކާއާއި ދޭތެރޭ ކޮއްކޮއެއްކަމުގައި ބެލެވެންފެށީ މާ ގިނައިން މިގެއަށް އައިސް ހޭދަކުރަން ފެށުމުންނެވެ. މިހާރު އެ އިހުސާސްތައް ވަރުގަދަވެ ގާތްތިމާގެ ގުޅުމެއް އޮތްހެން ހީވާންފެށީއެވެ. ނުތަނަސްވަންކަން ވެރިވާން ފެށުމުން ވާހަކައިގެ މައުޟޫ އާލިޔާ ބަދަލުކޮށްލީ ދީނީ ވާހަކައަކަށެވެ. "ފަހު ދިހައެއް ދެން މިފެށެނީ. އެންމެ ވަގުތެއްވެސް ވޭސްޓްނުކޮށް އަޅުކަމުގައި ރޭތައް ހޭދަކުރުމުން ލައިލަތުލްގަދުރު ވިލޭރޭގެ ނަސީބު ލައްވާނީ." އާލިޔާ ބުނެލިއެވެ. "އާލިއާގެ ޕޭޖު ކިޔައިލީމަ މައުލޫމާތުކޮޅެއް ލިބިއްޖެ. ތައުބާވެ ރަމަޟާންމަހަށް ޚާއްސަ ތަރާވީސް ނަމާދު އަދި ދަމުނަމާދުފަދަ ނަމާދުތައް ކޮށް ގިނަގިނައިން ދުޢާކޮށް ޒިކުރުކުރުން ގިނަގިނައިން އިސްތިޣުފާރުކޮށް ގުރުއާން ކިޔެވުމާއި ތަފްސީރުކިޔުމުގައި މި ދިހަދުވަސް ހޭދަކޮށްލަންވީ. ބޭކާރު އަނގަތެޅުމުން ދުރުވާންވީ. ޓީވީ ބެލުން ކޮމްޕިއުޓާ ގޭމް ކުޅުން ސޯޝަލްމީޑިއާގައި ވަގުތު ހޭދަކުރުން ފަދަ ހުރިހާ ކަމަކުން ފަހުދިހައިގާ ދުރުވާން ބުނެދީފައި ހުރީ. އެކަމަށް ދެވިހިފާ ކުރަން ބޭނުމިއްޔާ ބާކީއޮތް ތްރީހަންޑްރެޑް އެންޑް ފިފްޓީފައިވް ޑޭސް އެއޮތީ. އެންމެ ދިހަ ދުވަހަށް ކެތްކުރަން މަޖުބޫރުވާނެދޯ. ނޫނީ ފަހުން އެކަމާ ރިގްރެޓްކުރާނެ. ބަރަކާތްތެރި ދިހަދުވަސް އެންމެ ފުރިހަމަގޮތުގައި މިގޮތަށް ބަދަލު ގެނެސް މުޅި އުމުރަށް ގެނައި ޗޭންޖަކަށް ހަދަންވާނީ......."އަދާ ބުނެލިއެވެ. މިންކާ އިނީ ހިމޭންވެ ނުތަނަވަސްވެފައެވެ. ގެއަށް ވަދެފައި މިންކާ އަވަސްވެގަތީ އޭނަގެ ބައްޕައާއި ބައްދަލުކުރުމަށެވެ. އޭރު މިންކާވަނީ ދައްކަންވީހާ ވާހަކަތައް ހިތުގައި ރާވާލާފައެވެ. "ބައްޕައަށް ޑޮކްޓަރ އަޔާޒު އެނގިލައްވާތަ؟އަދާގެ ހަޒްބެންޑް.....ޖިބްރީލްގެ ފްރެންޑެއް." މިންކާ އޭނަގެ ބައްޕައާއި ޖެހިގެން އިށީނެވެ."އެ ބޭފުޅާ މާ އެހެން ކަހަލަ ކަމަކަށް ޝައްކުކޮށްގެން އުޅެނީ...." - ނުނިމޭ -
ނިރުބަވެރިޔާ 25
ޖުބާ (މެއި 20): ދެކުނު ސޫދާނުގެ ނައިބު ރައީސް ރިއެކް މަޝާ އާއި އޭނާގެ އަނބިކަނބަލުން އެންޖެލީނާ ޓެނީއަށް ކޮވިޑް-19 ޖެހިއްޖެ އެވެ. ދެކުނު ސޫދާނުގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އެކުލަވާލާފައިވާ ޓާސްކްފޯސްގައި ހިމެނިވަޑައިގަންނަވާ މަޝާގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ އޮފީހުގެ ބައެއް މުވައްޒަފުންނާއި ބޮޑީގާޑުންނާއި ޑިފެންސް މިނިސްޓަރުކަން ކުރައްވާ ޓެނީވެސް ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި ހޯމަ ދުވަހުން ފެށިގެން މަޝާ އާއި އަނބިކަނބަލުން ގޭގައި އެކަހެރިވެވަޑައިގެންފައިވާ ކަމަށް ބަޔާނުގައިވެ އެވެ. މަޝާ ވިދާޅުވި ގޮތުގައި ޓާސްކް ފޯސްގެ މެމްބަރަކު ވައިރަހަށް ޕޮޒިޓިވްވީ މިދިޔަ ހަފްތާގަ އެވެ. އަދި އޭނާއާ އެކު މަސައްކަތް ކުރި މީހުން ޓެސްޓު ކުރި އިރު ޓާސްކް ފޯސްގެ އެހެން ބައެއް މެމްބަރުންވެސް ޕޮޒިޓިވްވެފައިވާ ކަމަށާއި އެމީހުންގެ ހާލު ރަނގަޅު ކަމަށް މަޝާ ވިދާޅުވި އެވެ. އޭގެ ސަބަބުން ދެކުނު ސޫދާނުގައި އާ ކޮރޯނާވައިރަސް ޓާސްކް ފޯހެއް އެކުލަވާލާނެކަން ވެސް މަޝާ ފާހަގަ ކުރެއްވި އެވެ. ދެކުނު ސޫދާނުގައި މިހާތަނަށް 200އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. އެގައުމުގައި ބަލިމަޑުކަން ފެތުރިފައި ވަނީ މިދިޔަ ފެބްރުއަރީ މަހު ނިމުނު ހަ އަހަރުގެ ދާހިލީ ހަނގުރާމައިން ލިބުނު ގެއްލުމުން އަރައިގަތުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އަދި ކަމާ ބެހޭ މާހިރުން ވަނީ ވައިރަހުގެ ކޭސްތައް އެގައުމުގައި އިތުރުވެއްޖެ ނަމަ ކޮންޓުރޯލް ނުވެދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ދެކުނު ސޫދާނުގެ ނައިބު ރައީސާއި އަނބިކަނބަލުންނަށް ކޮވިޑް-19 ޖެހިއްޖެ
ޖުބާ (މެއި 20): ދެކުނު ސޫދާނުގެ ނައިބު ރައީސް ރިއެކް މަޝާ އާއި އޭނާގެ އަނބިކަނބަލުން އެންޖެލީނާ ޓެނީއަށް ކޮވިޑް-19 ޖެހިއްޖެ އެވެ. ދެކުނު ސޫދާނުގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އެކުލަވާލާފައިވާ ޓާސްކްފޯސްގައި ހިމެނިވަޑައިގަންނަވާ މަޝާގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ އޮފީހުގެ ބައެއް މުވައްޒަފުންނާއި ބޮޑީގާޑުންނާއި ޑިފެންސް މިނިސްޓަރުކަން ކުރައްވާ ޓެނީވެސް ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި ހޯމަ ދުވަހުން ފެށިގެން މަޝާ އާއި އަނބިކަނބަލުން ގޭގައި އެކަހެރިވެވަޑައިގެންފައިވާ ކަމަށް ބަޔާނުގައިވެ އެވެ. މަޝާ ވިދާޅުވި ގޮތުގައި ޓާސްކް ފޯސްގެ މެމްބަރަކު ވައިރަހަށް ޕޮޒިޓިވްވީ މިދިޔަ ހަފްތާގަ އެވެ. އަދި އޭނާއާ އެކު މަސައްކަތް ކުރި މީހުން ޓެސްޓު ކުރި އިރު ޓާސްކް ފޯސްގެ އެހެން ބައެއް މެމްބަރުންވެސް ޕޮޒިޓިވްވެފައިވާ ކަމަށާއި އެމީހުންގެ ހާލު ރަނގަޅު ކަމަށް މަޝާ ވިދާޅުވި އެވެ. އޭގެ ސަބަބުން ދެކުނު ސޫދާނުގައި އާ ކޮރޯނާވައިރަސް ޓާސްކް ފޯހެއް އެކުލަވާލާނެކަން ވެސް މަޝާ ފާހަގަ ކުރެއްވި އެވެ. ދެކުނު ސޫދާނުގައި މިހާތަނަށް 200އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. އެގައުމުގައި ބަލިމަޑުކަން ފެތުރިފައި ވަނީ މިދިޔަ ފެބްރުއަރީ މަހު ނިމުނު ހަ އަހަރުގެ ދާހިލީ ހަނގުރާމައިން ލިބުނު ގެއްލުމުން އަރައިގަތުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އަދި ކަމާ ބެހޭ މާހިރުން ވަނީ ވައިރަހުގެ ކޭސްތައް އެގައުމުގައި އިތުރުވެއްޖެ ނަމަ ކޮންޓުރޯލް ނުވެދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ދެކުނު ސޫދާނުގެ ނައިބު ރައީސާއި އަނބިކަނބަލުންނަށް ކޮވިޑް-19 ޖެހިއްޖެ
އިއްޔެ ރާއްޖެއަށް ކުރި ވިއްސާރައިގައި އަޑިއަށް ދިޔަ ލޯންޗެއް އެމްއެންޑީއެފް ކޯސްޓުގާޑުން ފެންމަތިކޮށްފި އެވެ. އެމްއެންޑީއެފްއިން ބުނީ ދ. ވިލުރީފް ރިސޯޓުގެ ފަޅުތެރެއަށް އަޑިއަށް ދިޔަ "ސަންސެޓް 4" ނަމަކަށް ކިޔާ ލޯންޗެއް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑުގ ސްކޮޑްރޮންގެ ޑައިވަރުން ކުރި މަސައްކަތުން މިއަދު ފެންމަތިކޮށްފައިވާ ކަމަށެވެ. މޫސުން ގޯސްވެ، ވައިގެ ގަދަވެ ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކެއް ހިނގަމުންދާތީ ކަނޑުދަތުރު ކުރުމުގައި މޫސުމަށް ސަމާލުވާން އެމްއެންޑީއެފްއިން މީގެ ކުރިން ވަނީ އިލްތިމާސްކޮށްފައެވެ. ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ސާފުކުރުމަށާއި އޮޑިފަހަރުގެ ސަލާމަތީ ކަންކަން ފުރިހަމަތޯ ބެލުމަށް ވެސް އެމްއެންޑީއެފްއިން އެދިފައިވެ އެވެ. ރާއްޖެއަށް އިއްޔެއާއި މި ދުވަސްވަރު ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްރަށަށް ވަނީ ގެއްލުންވެސް ވެފަ އެވެ. އިއްޔެ މާލޭގެ މަގުތަކުގައި ފެންބޮޑުވިއިރު، ވައިބާރުވުމުގެ ސަބަބުން މާލެއާއި ބައެއް ރަށްރަށުގައި ގަސް ވެއްޓުމާއި ފުރާޅު އެއްލައިލުން ފަދަ ހާދިސާތައް ވަނީ ހިނގާފަ އެވެ.
ވިއްސާރައިގައި އަޑިއަށްދިޔަ ލޯންޗު ފެންމަތިކޮށްފި
އުރީދޫ މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި، "ޒުވާން މަސްވެރިޔާ" ގެ ނަމުން މަޝްހޫރުވެފައިވާ ހަސަން ސާޖިން ހަމަޖައްސައިފި އެވެ. އުމުރުން 21 އަހަރުގެ ސާޖިން އަކީ ގއ. ގެމަނަފުއްޓަށް އުފަން ޒުވާނެކެވެ. ޒުުވާން އުމުރުގައި މަސްވެރިކަމުގެ ދާއިރާއަށް ނުކުމެ، އޭނާ މިހާރު އަންނަނީ މަސްވެރިކަމުގެ ދާއިރާއިން މުޖުތަމައު ހޭލުންތެރިކޮށް، ޒުވާނުންގެ ހިތްތަކުގައި މަސްވެރިކަމުގެ ރޫހު އާލާކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މަސްވެރިޔެއްގެ ހަޔާތް ދައްކުވައިދިނުމުގެ ގޮތުން މީސް މީޑިއާގައި ހިއްސާކުރާ ހިތްގައިމު ފޮޓޯތަކުން ސާޖިންވަނީ ދިވެހިންގެ މަގުބޫލުކަން ހޯދާފައެވެ. "ދިވެހި މަސްވެރިންގެ" ނަމުގައި ޖަމިއްޔާއެއް ރެޖިސްޓްރީކޮށް، މަސްވެރިންނަށް ދިމާވާ ދަތިތަކަށް އަޑު އުފުލާ ދާއިރާގެ ކުރިމަގަށްވެސް ސާޖިން އަންނަނީ މަސައްކަތްކުރަމުންނެވެ. އުރީދޫއިން ބުނީ އަލަށް މި ފެށުނު ޕާޓްނަޝިޕްގެ ދަށުން، އުރީދޫ އާއި ސާޖިން ގުޅިގެން މަސްވެރިކަމުގެ ދާއިރާއަށް އައިސްފައިވާ ޒަމާނީ ބަދަލުތަކާއި، މަސްވެރިކަމުގެ ދާއިރާގައި ޒުވާނުންނަށް ހުރި ފުރުސަތުތަކަށް ހޭލުންތެރިކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. މީގެ އިތުރުން, މަސްވެރިކަމުގެ ދާއިރާގައި މިހާރު ކުރިމަތިވެފައިހުރި ގޮންޖެހުންތައް ދެނެގަނެ ޓެކްނޮލޮޖީގެ އެހީގައި ގެނެވެންހުރި ހައްލުތައް ގާއިމް ކުރުމަށްވެސް ސާޖިން އާއި އެކު މަސައްކަތްކުރާނެ ކަމަށެވެ. އުރީދޫ މޯލްޑިވްސްގެ އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރު، ހުސެއިން ނިޔާޒް ވިދާޅުވީ މަސްވެރިކަމަކީ ދިވެހިންގެ ލޭނާރުގެ އިތުރުން ޒަމާންވީ އާދަކަދާތަކުގެ ތެރެއިން ފާހަގަކުރެވޭ ހަރަކާތަކަށް ވާއިރު މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި މުޖުތަމައު ހޭލުންތެރިކޮށް ޒުވާން ކުދިންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފެއްދުމަށް ސާޖިން ކާމިޔާބާއި ހިއްވަރާއެކު ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. "އުރީދޫއެކޭ އެއްފަދައިން މުޖުތަމައުގެ ކުރިމަގަށް މަސައްކަތްކުރުމަކީ ސާޖިންއަށްވެސް މުހިންމު ކަމަކަށް ވުމާއެކު ސާޖިންއާއި ގުޅިގެން މަސްވެރިކަމަށް ނިކުންނަން ބޭނުންވާ ޒުވާނުންނަށް އައު ފުރުސަތުތަކެއް ފަހިކޮށްދީ ދާއިރާގެ ކުރިމަގަށް އަޅުގަނޑުމެން މަސައްކަތްކުރާނަން،" ނިޔާޒް ވިދާޅުވިއެވެ. މިކަމާ ގުޅިގެން ސާޖިން ބުނެފައި ވަނީ އުރީދޫ އަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދީ، ސަރުކާރާއި އަދި ޕްރައިވެޓް ކުންފުނިތަކާއި ގުޅިގެން ދާއިރާ ކުރިއަރުވަން އަބަދުވެސް މަސައްކަތްކޮށްފައިވާ ކުންފުންޏެއްކަމަށެވެ. "އެހެންކަމުން، އުރީދޫ އާއިއެކު ޕާޓްނަޝިޕެއް ގާއިމްކުރުމަކީ، އަޅުގަނޑަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް. އުރީދޫއާއި ގުޅިގެން ކުރިޔަށްގެންދަން ހަމަޖެހިފައިވައި ޕްރޮޖެކްޓްތަށް ފަށައިގަތުމަށް އަޅުގަނޑު މިހިރީ ތައްޔާރަށް،" އޭނާ ބުންޏެވެ. ވޭތުވެދިޔަ އަހަރުތަކުގައި، އުރީދޫއިން ވަނީ، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމުގައި މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ފިޝަރީޒް މިނިސްޓްރީ އާއި ގުޅިގެން ވެސަލް މޮނިޓަރިންގެ ސިސްޓަމާއި، މަސްވެރި އުޅަނދު ފަހަރުގައި ވެސަލް ލޮކޭޓިންގް ޑިވައިސް ހަރުކޮށްދިނުމުގެ މަސައްކަތްވަނީ ކޮށްފައެވެ. މީގެ އިތުރުން ތުރާޔާ ޓެލެކޮމިއުނިކޭޝަންސްއާއި ގުޅިގެން މަސްދޯނިފަހަރުތަކަށް މޮބައިލް ސެޓަލައިޓްގެ ހިދުމަތް ވެސް ފޯރުކޮށްދީފައިވެއެވެ. އަދި 2019 ވަނަ އަހަރު އުރީދޫން ވަނީ މަސްވެރިންގެ ތަފާތު ބޭނުންތަކަށް އެކަށޭނަގޮތަށް އެކުލަވައިލެވިފައިވާ މަސްވެރިންނަށް ހާއްސަ ޕެކޭޖެއްވެސް ތައާރަފްކޮށްފައެވެ. އުރީދޫގެ އަމާޒަކީ، ކުރިޔަށް އޮތްތަނުގައިވެސް އުރީދޫގެ އާ ބްރޭންޑް އެމްބެސެޑަރާއި އެހެނިހެން ޕާޓްނަރުންނާއި ގުޅިގެން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ކުރިއެރުން ގެނެސްދިނުން ކަަމަށް އެ ކުންފުނިން ބުނެއެވެ.
އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް "ޒުވާން މަސްވެރިޔާ" ސާޖިން
އިމިގްރޭޝަން އޮފިސަރުން ދަނީ އެ މީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތްތައް މެދުވެރިވެފައިވާއިރު ވެސް ފަސްޖެހުމެއްނެތި، ސާބިތު ކަމާއި އެކުގައި ފްރަންޓްލައިންގައި ޚިދުމަތް ފޯރުކޮށްދެމުން ކަމަށާއި، އެންމެން އެކުގައި މަސައްކަތްކޮށްގެން ކޮވިޑްގެ ހާލަތުން އަރައިގަނެވޭނެ ކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެއެވެ. ކޮންޓްރޯލާ ޖެނެރަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަމާއިގުޅޭ ހުރިހާ އިދާރާތައް އެކުގައި އެކައްޗެއްގެ ގޮގުގައި މަސައްކަތްކޮށް ކޮވިޑްގެ ނުރައްކާތެރި ހާލަތުން މާތްﷲގެ އިރާދަފުޅާއެކު އަރައިގަނެވޭނެ ކަމަށެވެ. ކޮވިޑް 19 ބިދޭސީންގެ ތެރޭގައި ފެތުރެމުން ދިއުމާ ގުޅިގެން ޚާއްސަކޮށް ބަންގަލަދޭޝްގެ މަސައްކަތްތެރީން ރާއްޖެއިން ފުރުވާލުމުގެ މަސައްކަތްތަކެއް ވަނީ ސަރުކާރުން ފައްޓާފައެވެ. މީގެ އެންމެ އިސް އެއްދައުރެއް އަދަކުރާ އެއް މުއައްސަސާ ކަމުގައިވާ، މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ އެ އިދާރާގެ މުވައްޒަފުން ކުރާ މަސައްކަތްތައް ފާހަގަކޮށް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އިމިގްރޭޝަން އޮފިސަރުން ދަނީ، އެ މީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތްތައް މެދުވެރިވެފައިވާއިރު ވެސް ފަސްޖެހުމެއްނެތި، ސާބިތު ކަމާއި އެކުގައި ފްރަންޓްލައިންގައި ޚިދުމަތް ފޯރުކޮށްދެމުންނެވެ. ކޮވިޑް 19 އާ ގުޅިގެން ރާއްޖެއިން 1500 ބިދޭސީން ފުރުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެފައިވެއެވެ. އެ ވިދާޅުވެފައިވާ ބިދޭސީންނަކީ، ބަންގްލަދޭޝް އިން ރާއްޖެއަށް ވަޒީފާ އަދާ ކުރުމަށް އައިސްފައިވާ ބިދޭސީންނެވެ. މި ގޮތުން މިހާތަނަށް 300 އަށްވުރެ ގިނަ ބަންގަލަދޭޝް މީހުން ފުރުވާލެވި އަދި ބަންގްލަދޭޝްގެ އިތުރު މީހުން ފުރުވާލުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރިއަށެވެ. އެ ބިދޭސީންގެ ތެރޭގައި، ވަޒީފާ ދޭ ފަރާތަށް ފިލައިގެން އުޅޭ ބިދޭސީން ވެސް ގިނަކަން ފާހަގަ ކުރެވެއެވެ. އެ މީހުންގެ ޕާސްޕޯޓު ހުންނަނީ އިމިގްރޭޝަންގައެވެ. އެހެންކަމުން އެ މީހުންނާ ޕާސްޕޯޓު ހަވާލު ކުރަނީ އެއާޕޯޓުންނެވެ. ޕާސްޕޯޓު ނެތް މީހުންނަށް ދަތުރުކުރުމުގެ ވަގުތީ ލިޔުން ބަންގަލަދޭޝް ހައިކޮމިޝަނުން ހަދައިދެއެވެ. މިފަދަ ޑޮކިއުމަންޓުގައި ފުރަން ދާ މީހުން ފުރުވާލަނީ އިމިގްރޭޝަނުން ވަގުތުންވަގުތަށް ރެކޯޑްތައް ވެރިފައިކުރުމަށްފަހުއެވެ. ރާއްޖެއިން ބަންގަލަދޭޝްއަށް ފުރުވާ މީހުންގެ ކަންތައްތައް ހަމަޖެއްސުމުގައި ފޮރިން މިނިސްޓްރީން ވެސް ދަނީ އިސް ދައުރެއް އަދާކުރަމުންނެވެ. މިގޮތުން ކޮވިޑްގެ ނުރައްކަލާ ގުޅިގެން ބަންގަލަދޭޝްގެ ބޯޑަރު ބަންދު ކުރެވިފައިވާ ދަނޑިވަޅެއްގައި މިހާ ގިނަ އަދެދެއްގެ ބަންގަލަދޭޝް މީހުން ފުރުވާލުމުގެ އިންތިޒާމު ހަމަޖެހި، ގިނަ އަދަދަކަށް ޓްރެވަލް ޑޮކިއުމަންޓް ހައްދައިދީ އެކަމާ ގުޅޭ އިންތިޒާމްތައް ހަމަޖައްސައިދޭކަމީ، ރާއްޖެއާއި ބަންގަލަދޭޝް އާ ދެމެދު އޮތް ޚާރިޖީ ގުޅުން ވެސް ކުރިއަށްވުރެ ރަނގަޅުވެފައިވާ ކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވިއެވެ. މި ދިޔަ އަހަރު ފެށުނުއިރު، އިމިގްރޭޝަނުން ހާމަ ކޮށްފައިވާ ގޮތުގައި، ބަންގަލަދޭޝް އެމްބަސީއިން ހަފުތާއަކު ހައްދައިދެނީ، 15 ވަރަކަށް ޓްރެވަލް ޑޮކިއުމަންޓެވެ. ނަމަވެސް މިހާރު ބަންގަލަދޭޝް މީހުން ފުރުވާލެވޭ ކޮންމެ ފްލައިޓެއްގައި ވެސް ޕާސްޕޯޓު ނެތިގެން ޓްރެވަލް ޑޮކިއުމަންޓުގައި ފުރާ މީހުން ގިނަކަން ފާހަގަ ކުރެވިފައިވެއެވެ. ކޮވީޑް 19 އާއި ގުޅިގެން ލޮކްޑައުން ވުމުގެ ކުރީން ވެސް އިމިގްރޭޝަނުން ވަރަށް މުހިއްމު ފިޔަވަޅުތައް އަޅާފާވެއެވެ. އެއިދާރާއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ޚިދުމަތް ފޯރުކޮށް ނުދެވޭ ޚިދުމަތްތައް ވަނީ އީމެއިލް މެދުވެރިކޮށް ދޭން ފަށާފައެވެ. މި ގޮތުން ޑިޕެންޑެންޓް ވިސާ، ސްޓޫޑެންޓް ވިސާފަދަ ވިސާތަކަށް އެދި އީ-މެއިލް މެދުވެރިކޮށް އެދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ކޮވިޑް 19 އަށް ބިދޭސީން އަހުލުވެރި ކުރުމުގެ ގޮތުން، އެޗްޕީއޭ ގެ އިރުޝާދުތައް އެކިއެކި ބަހުރުވައިން ލިޔެ ސިލްސިލާއެއްގެ ގޮތުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ބިދޭސީންނަށް ފޯރުކޮށްދެނުމުގެ މަސައްކަތްތަކެއް އިމިގްރޭޝަނުން ކުރަމުންދެއެވެ. މި މަސައްކަތްތަކުގުގެ ތެރޭގައި ބައެއް މަސައްކަތްތައް ކުރިއަށް ގެންދަނީ، އިމިގްރޭޝަންގެ އިސްނެގުމުގެ މަތީން އެޑިއުކޭޝަން މިނިސްޓްރީ، އެޗްޕީއޭ އަދި ރެޑް ކުރެސެންޓުގެ ބައިވެރިވުމާ ވެސް އެކުގައެވެ. ބިދޭސީން ފުރުވާލުމުގެ ކަންކަމުގައި ހަރަކާތްތެރިވާ ފްރަންޓްލައިންގައި މަސައްކަތް ކުރާ އިދާރާތައް ކަމުގައިވާ ފުލުހުންނާއި ސިފައިން ފަދައިން އިމިގްރޭޝަން އޮފިސަރުން ވެސް އެމީހުންގެ ވަޒީފާގެ ވާޖިބުތައް އަދާ ކުރުމުގައި ކޮވިޑްގެ ނުރައްކަލާއި ކުރިމަތި ލާންޖެހިފައިވެއެވެ.
އޮފިސަރުން ތިބީ ވަރުގަދަ އަޒުމުގައި، އެކުގައި މަސައްކަތްކޮށް ކޮވިޑްގެ ހާލަތުން އަރައިގަނެވޭނެ: ކޮންޓްރޯލާ
މީސްމީޑިއާގެ ފުރިހަމަ މާނައެއް ބަޔާންކޮށްދިނުމަށް އަދާހަމައަށްވެސް އިލްމުވެެރިންވަނީ ނުކުޅެދިފައެވެ. އޭގައި ހިމެނޭ ވިއުގަތަކާއި އެއިން ކުރާ ބޭނުންތައް ގިނަކަމުންނެވެ. ފޭސްބުކާއި ޔޫޓިއުބެވެ. މެސެންޖަރާއި އިންސްޓަގްރާމެވެ. ޓިކްޓޮކާއި ޓުވިޓަރު އަދި ވައިބަރާއި ސްނެޕްޗެޓެވެ. ކުރާ ބޭނުންތަކުގެތެރޭގައި؛ ރައްޓެހިން ހޯދުމާއި އެކަކު އަނެކަކަށް ތައާރަފުވުމާއި، ހަނދާންތައް ރައްކާކޮށްފައި ބެހެއްޓުމާއި، ޚަބަރާއި މައުލޫމާތު ފަތުރައި ލިބިގަތުންފަދަ ބޭނުންތައް ހިމެނެއެވެ. ޠާރިޤުލްއިސްލާމް [2019] ވިދާޅުވާގޮތުގައި މީސްމީޑިއާއަކީ އިންޓަނެޓު މެދުވެރިކޮށް ކުރެވޭ މުވާސަލާތުގައި ބޭނުންކުރާ ވަސީލަތްތަކެވެ. މުޅި ދުނިޔޭގައި އިންޓަނެޓު ބޭނުންކުރާމީހުންގެ 70 އިންސައްތަ މީހުން މީސްމީޑިއާ ބޭނުންކުރެއެވެ. އަދި މީގެތެރެއިން 90 އިންސައްތަ މީހުންނަކީ ޒުވާނުން ކަމަށްވުމުން، މީސްމީޑިއާގެ ނުފޫޒު ދުނިޔޭގައި އޮތް މިންވަރު ސާފުކޮށް އެނގެއެވެ.[ހަބީބު، 2018] ޓެކްނޮލޮޖީގެ މިޒަމާނުގައި، މީސްމީޑިއާގެ ސަބަބުން ވަރަށް ގިނަ މަންފާތަކެއް ކުރެއެވެ. އަދި އެ މަންފާތަކަކީ އިސްލާމްދީނުގެ އެންގެވުންތަކާ އެއްގޮތް ނުހަނު ބޭނުންތެރި މަންފާތަކެއްވެސްމެއެވެ. މަންފާތަކާ އެއްގޮތަށް، މީސްމީޑިއާއިން "ލިބިގަންނަ" ނޭދެވޭ ކަންތައްވެސް މަދެއްނޫނެވެ. އާނއެކެވެ! މީސްމީޑިއާ އޭގެ ޒާތުގައި ގޯހިއްޔެއްނޫނެވެ. އެ ބޭނުންކުރާ ގޮތަކުން، "ގޯސް" ނަތީޖާތަކެއްގެތެރެއަށް އަމިއްލަޔަށް ވެއްޓިދަނީއެވެ. ކުރުގޮތަކަށް މިބަޔާންކުރަނީ މީސްމީޑިއާއިން ލިބިގަންނަ ބައެއް ފައިދާއާއި ގެއްލުމެވެ. މީސްމީޑިއާއިން ލިބިގަންނަ ބައެއް ފައިދާ އާއިލާގެ މީހުންނާ އަދި ރައްޓެރިހިންނާ ގުޅުވައިލަދީ އާއިލީ އަދި އިޖުތިމާއީ ގުޅުންތައް ވަރުގަދަކޮށްދޭ: ދުނިޔޭގެ ކަންކޮޅުތަކުގައި ދިރިއުޅޭ ރަޙުމަތްތެރިންނާއި އާއިލާގެމީހުންގެ ހާލުއަހުވާލު އެނގި މުވާސަލާތުކުރެވެއެވެ. އައު ރައްޓެހިން ލިބި އެއްބަޔަކަށް އަނެއްބައެއްގެ ބޭނުންތައް ފުއްދައިދިނުމުގައި ފަސޭހަކަން ލިބިދެއެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި މީސްތަކުން ލައްވަވާފައިވަނީ އެއްބަޔަކު އަނެއްބަޔަކަށް ތައާރަފުވެ އެއްބަޔަކު އަނެއްބައެއްގެ ކިބައިން އެހީތެރިކަން ލިބިގަތުމަށްޓަަކައިކަމަށް ޤުރުއާނުގައި އަންގަވާފައިވެއެވެ.[ޙުޖުރާތު: 13] ކީރިތި ޤުރުއާނާއި ތަފާތު ޢިލްމުތައް އުނގެނުމުގެ މަގު ފަހިކޮށްދޭ: ރަނގަޅަށް ޤުރުއާން ކިޔެވުމަށްޓަކައި ބޭނުންވާ ތަޖުވީދުގެ ޢިލްމާއި އަރަބި ބަހާއި މިނޫންވެސް ޤުރުއާނާ ގުޅޭ ގިނަ ޢިލްމުތައް ގޭގައި ތިބެގެން އުނގެނުމުގެ ފުރުސަތު ފަހިވެފައިވެއެވެ. މީސްތަކުންގެތެރެއިން އެންމެ ހެޔޮކަން ބޮޑުމީހަކީ ޤުރުއާން އުނގެނި އެހެންމީހުންނަށް އެ ޤުރުއާން އުނގަންނައިދޭމީހާކަމުގައި ހަދީސްގައި އައިސްފައިވެެއެވެ. [ބުޚާރީ: 4739] މީގެއިތުރުންވެސް ފަންނާއި، ސައިންސާއި، ތާރީޚާއި، ސަގާފަތާއި، އިގުތިސާދީ ޢިލްމާއި މިހެންގޮސް އެމީހަކު ބޭނުން ދާއިރާއަކުން މައުލޫމާތު ހޯދުމުގެ ފުރުސަތުވަނީ ފަހިވެފައެވެ. އިސްލާމްދީނަކީ ޢިލްމުގެ ދީނެވެ. ޤުރުއާނުގައި އެންމެ ފުރަތަމަ އެންގެވީވެސް ޢިލްމު އުނގެނުމަށެވެ.[ޢަލަޤު: 1] ދީނުގެ ދަޢުވަތު ފެތުރުމާއި ދީން އުނގަންނައިދިނުމުގެ މަގު ތަނަވަސްކޮށްދޭ: ޣައިރުމުސްލިމުންނަށް އިސްލާމްދީނުގެ ދަޢުވަތު ފޯރުކޮށްދިނުމާއެކު އެބައިމީހުންނަށާއި މުސްލިމުންނަށްވެސް އިސްލާމްދީން އުނގަންނައިދިނުމުގައި އަވަސް އަދި ފަސޭހަ އެތައް މަގެއް ހުޅުވިފައިވެއެވެ. ޙިކުމަތާއެކު އެންމެ ރިވެތިވެގެންވާގޮތުގައި ދީނަށް ގޮވައިލުމަށް ﷲ އަމުރުކުރައްވާފައިވެއެވެ.[ނަޙުލު: 125] އަދި ކިތަންމެ ކުޑަ މިންވަރަކުންވިޔަސް ރަސޫލުﷲ ޞައްލަﷲ ގެ ދަޢުވަތު މީސްތަކުންގެމެދުގައި ފެތުރުމަށް އެކަލޭގެފާނު ވަސިއްޔަތްކުރައްވާފައިވެއެވެ.[ބުޚާރީ: 3461] ބުނެވިދިޔަ ދާއިރާތަކުގެ އިތުރުންވެސް، ޚަބަރާއި މަޢުލޫމާތު ފަތުރައި ލިބިގަތުމާއި ވަޒީފާގެ ފުރުސަތުތައް ހޯދުމާއި ޢިލްމީ ދިރާސާކުރުމާއި ހޭލުންތެރިކުރުވުމާއި އިޝްތިހާރާއި މުނިފޫހިފިލުވުމާއި ވިޔަފާރިކުރުންފަދަ އެތައްކަމެއްގައި މީސްމީޑިއާގެ ބޭނުންތެރިކަން ފާހަގަަކުރަންޖެހެއެވެ. މީސްމީޑިއާއިން ލިބިގަންނަ ބައެއް ގެއްލުން ހަގީގީ ދުނިޔެއާ ގުޅުން ކުޑަވެ ވަގުތު ބޭކާރު: ދިރާސާތަކުން ދައްކާގޮތުގައި މީސްމީޑިއާގެ މަންސަތަކުގައި ވަގުތުތައް ހޭދަކުރާމީހުން އާއިލާއާ އޮންނަ ގުޅުން ކުޑަވެއެވެ. އޭގެބަދަލުގައި އެމީހުން ވަގުތު ހުސްކުރަނީ "ހަގީގީ ރައްޓެހިކަމެއްނެތް" އަދި ދުވަހަކު ބައްދަލުވެސްވެފައިނުވާ އޮންލައިން ރައްޓެހިންނަށެވެ.[ހަބީބު، 2018] ބޭނުމެއްނެތް ކަންކަމުގައި ބައިވެރިވުމާއި އެއްވެސް ފައިދާއެއްނެތް ވާހަކަތައް ދެއްކުމުގައި ވަގުތު ބޭކާރުކުރުން: ތިމާޔާ އެއްވެސްގޮތަކުން ގުޅުމެއްނެތް އަދި ތިމާގެ ޢިލްމުން ބޭރުގައިވާ ކަންތައްތަކާމެދުގައިވެސް ބަސްކިޔައި، ޒުވާބުކޮށް ހަދައެވެ. ފައިދާއެއްނެތް ކަންތައްތަކާމެދު ވިސްނުމާއި ސިކުނޑިއަށް އަޅަންނުޖެހޭ މައުލޫމާތުތައް ހޭވުމުގައި ވަގުތުތައް ހޭދަކުރެއެވެ. ޤިޔާމަތްދުވަހުގައި އެންމެ ފުރަތަމަ ސުވާލުވެވޭނެ ހަތަރު ކަންތަކުގެތެރޭގައި؛ އެމީހެއްގެ އުމުރުގެ ވަގުތުތައް ހޭދަކުރިގޮތް ހިމެނެއެވެ.[ތިރުމިޛީ: 8/2341] ހަގީގަތް ބެލުމެއްނެތި، އިވުނު ނުވަތަ ފެނުނު ކޮންމެ އެއްޗަކަށް ތަބާވުން: ތިމާ "ފޮލޯ ކުރާ" ޚާއްޞަ މީހުން ދައްކާ ވާހަކައާއި ތަފާތު މަންސަތަކުން ފެންނަ ޕޯސްޓުތައް އެއީ ތެދެއްތޯ ނުވަތަ ދޮގެއްތޯވެސް ބަލައިލުމެއްނެތި ނިކަންފަސޭހައިން ގަބޫލުކޮށް އެތަކެތި ދިމަދިމާލަށް ފޮނުވައިލުމަށް އަވަސްވެގަންނަމީހުން ގިނައެވެ. ދީނަށް ނަޞްރު ދިނުމުގެ ނިޔަތުގައި އުޅޭ ބައެއްމީހުންވެސް މިފަދައިން ކަންތައްކުރެއެވެ. ދޮގު ހަދީސްތަކާއި، ޝަރީޢަތުގެ ޙުކުމްތައްކަމަށް ބުނެ މީހުން ފަތުރާ އެކަށީގެންނުވާ ވާހަކަތަކާއި، ޤުރުއާނުގައި ނުވަތަ ޞައްޙަ ހަދީސްގައި އައިސްފައިވާ ބަސްފުޅުތައްވެސް ކޮންމެވެސް ޝައިޚެއްގެ ބަސްކަމަށް ހަވާލާދީފައި ހުންނަ ޕޯސްޓުތައް ފަތުރާ ހަދަައެވެ. މިއީ ހެޔޮ ނިޔަތުގައި ކުރާ ގޯސްކަމެކެވެ. ﷲގެ އެންގެވުމާ ޚިލާފު، ބިރުހުރި ކަމެކެވެ. ﷲ ވަޙީކުރައްވާފައިވެެއެވެ. "އަދި ތިބާޔަށް އެކަމަކާމެދު އެނގުމެއްނުވާ ކަމަކަށް، ތިބާ ތަބަޢަ ނުވާށެވެ! ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ އެއާމެދު ސުވާލު ކުރައްވާނޭ ކަމެއްކަމުގައިވިއެވެ."[އިސްރާ: 34] ވަޒީފާއަށް ފަރުވާކުޑަކޮށް ކަންނެތްވުން: މީސްމީޑިއާއަށް ދެވިހިފުމުގެ ސަބަބުން، ތިމާއާ ހަވާލުވެފައިވާ މަސައްކަތްތަކާ ދުރަށްގޮސް މީހާ ކަންނެތްކޮށްލައެވެ. މަސައްކަތްކުރިނަމަވެސް އެކަމަށް ދޭންޖެހޭ ފުރިހަމަ ސަމާލުކަން ނުދެވުމާއި، ވަގުތަށް ކަންތައްތައް ނުނިމުންފަދަ ހާލަތްތައް މެދުވެރިވެއެވެ. މިއީވެސް އިސްލާމްދީނުގެ އެންގެވުމާ ފުށުއަރާ އަމަލެކެވެ. ވަޒީފާއަކީ އަމާނާތެކެވެ. އަދި ޢަހުދެ (އެއްބަސްވުމެ) ކެވެ. އަމާނާތްތަކަށް ރައްކާތެރިވުމަށް ﷲ އަންގަވާފައިވެއެވެ.[ނިސާ: 58] ޢަހުދަށް ވަފާތެރިވުމަށާއި އެއީ ޤިޔާމަތްދުވަހުގައި ސުވާލުވެވޭނެ ކަމެެއްކަމަށް އަންގަވާފައިވެއެވެ.[އިސްރާ: 34] ކިޔަވާކުދިން ކިޔެވުމަށްދޭ ސަމާލުކަން ކުޑަވެ ޢިލްމުގެ އަގު ނުހިފެހެއްޓުން: ކިޔަވައިދޭ ވަގުތުގައިވެސް ފިލާވަޅަށް ސަމާލުކަން ދިނުމުގެ ބަދަލުގައި، މީސްމީޑިއާ މަންސަތަކުގައި އަވަދިނެތި އުޅޭކުދިން ދުވަހެއްދުވަހަކަށް އިތުރުވަމުންދެއެެވެ. ހަވާލުކުރެވޭ މަސައްކަތްތައް ވަގުތަށް ނުނިންމައި ތިބެފައި، އިންޓަނެޓުން އެއްޗެއް ކޮޕީކޮށްލައިގެން އެއްޗަކަށް އެއްޗެއް ހަދާ އުސޫލުވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ. ޒާތީ ކަންތައްތައް އެކަށީގެންނުވާ ގޮތުގައި އާންމުކުރުން: މީހުންގެމެދުގައި އުފެދޭ ހިތްހަމަނުޖެހުމާއި، އާއިލީ މައްސަލަތަކުގެ ވާހަކަތަކާއި، ދެމަފިރިންގެ ދެމެދުގައި ދެކެވޭ ލޯބީގެ ވާހަކަތަކާއި، ތިމާ ދާ ތަންތަނާއި ކާތަކެއްޗާއި ގަންނަ ތަކެއްޗާއި ލާ އަންނައުނާއި، ލިބޭ ސަނަދުތަކާއި ޒާތީ ފޮޓޯތަކާއި މިހެން ހުރި ހުރިހާކަމެއް މީސްމީޑިއާގައި ހިއްސާކުރާމީހުން ވަރަށް ގިނައެވެ. ނަތީޖާއަކީ، މަތިވެރި އަޚުލާޤީ ސިފަތައްކަމަށްވާ، ލަދުވެތިކަމާއި ޢިއްފަތްތެރިކަންފަދަ ސިފަތައް ނެތިގެންދިއުމެވެ. ޢާއްމުކޮށް މީހުންނަށް އެނގެންނުޖެހޭ، އަމިއްލަ ސިއްރުތައް ބޭޒާރުވުމެވެ. އެހެންމީހުންގެ ކުރިމަތީގައި ތިމާގެ ޝަޚުޞިއްޔަތުގެ އަގު ވެއްޓުމެވެ. ބުނެވިދިޔައީ އަހުރެމެންގެ ކަށީގެ މަދާ ގުޅިފައިވާ، މީސްމީޑިއާއިން ލިބިގަންނަ އެދެވޭ އަދި ނޭދެވޭ ބައެއް ކަންތައްތަކެވެ. ވިސްނާލާށެވެ! ތިބާގެ ފުށުގައި ގިނައީ އެތަނުން ކޮންބައެއްހެއްޔެވެ؟ އެދެވޭ އަސަރުތައް ހެއްޔެވެ؟ ނުވަތަ ނޭދެވޭ އަސަރުތައް ހެއްޔެވެ؟ ފޯނާ ކުޅެން އިންދައި މަންމަ އައިސް ކައިރީގައި ހުރެގެން، ދަރިފުޅާއޭ ބަންގިގޮވައިފިއޭ ނަމާދަށް ދާށޭ ކިޔާތާ އިރުގަނޑެެއްފަހުން ސިއްސައިގެން ގޮސްފައި... މަޑުކޮށްލާށޭ މިމީހާ މަރާލާފައި އެބަ ދަމޭ... ބުނާވަރަށް މީސްމީޑިއާއަށް ދެވިހިފާފައިވާ ފަރާތަކަށް ނުވަމާހެއްޔެވެ!
ރޯދައިގެ ވަސިއްޔަތް: އިސްލާމީ ނަޒަރަކުން މީސްމީޑިއާ
ސްވިޓްޒަލޭންޑްގެ އެއާލައިންއެއް ކަމަށްވާ އީޒީޖެޓްގެ ނުވަ މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މައުލޫމާތު، ބަޔަކު ހެކްކޮށްފައިވާ ކަމަށް އެ އެއާލައިން ބުނެފި އެވެ. އީޒީޖެޓް އިން ދާދި ފަހުން ބުނެފައި ވަނީ "ވަރަށް މޮޅު ސައިބާ އެޓޭކް"އެއް ބޭނުންކޮށްގެން އެ އެއާލައިންގެ ކަސްޓަމަރުންގެ މައުލޫމާތު ހެކްކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ކަސްޓަމަރުންގެ އީމެއިލް އާއި ދަތުރުތަކުގެ މައުލޫމާތުތައް ބަޔަކު ހެކްކޮށްފައިވެެއެވެ. އޭގެއިތުރުން 2،208 ކަސްޓަމަރެއްގެ ކްރެޑިޓް ކާޑުގެ މައުލޫމާތު ވެސް ހެކަރުން ބޭނުންކޮށްފައިވާ ކަމަށް އެ އެއާލައިން އިން ބުނެއެވެ. އީޒީޖެޓް އިން ބުނެފައިވަނީ އެ އެއާލައިންއަށް ސައިބާ އެޓޭކެއް ދީފައިވާ ކަމުގެ މައުލޫމާތު ފުރަތަމަ ލިބިފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގައި ކަމަށެވެ. އެހެންނަމަވެސް ކަސްޓަމަރުންގެ ކްރެޑިޓް ކާޑު މައުލޫމާތު ބޭނުންކޮށްފައިވާ ކަމުގެ މައުލޫމާތު ލިބުނީ މިދިޔަ މަހު ކަމަށް އެ އެއާލައިން އިން ބުނެ އެވެ. "ވަރަށް ސޮފިސްޓިކޭޓެޑް ސައިބާ އެޓޭކް އެއް ދީފައިވާ ވަނީ އީޒީޖެޓް އަށް. އެހެންކަމުން އެ އެޓޭކްގެ ސަބަބުން ކުންފުނީގެ ކަސްޓަމަރުންނަށް ވެފައިވާ ގެއްލުމާއި ކިހާ ކަސްޓަމަރުންނަށް ކަމެއް ގެއްލުން ވެފައި ވަނީ މިހާރު ދަނީ ބަލަމުން،" އީޒީޖެޓް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ. އެ މައްސަލައާ ގުޅިގެން މިހާރު އިތުރު ތަހުގީގުތައް ކުރަމުން ދާ ކަމަށް އީޒީޖެޓް އިން ބުންޏެވެ. އަދި އެ އެޓޭކްގެ އަސަރުކޮށްފައިވާ ހުރިހާ ކަސްޓަމަރުންނަށް މިމަހުގެ 26ގެ ކުރީން އަންގާނެ ކަމަށް އެ އެއާލައިން އިން ވަނީ ބުނެފައެވެ.
އިޒީޖެޓްގެ ނުވަ މިލިއަން ކަސްޓަމަރުންގެ މައުލޫމާތު ހެކްކޮށްފި
ސްވިޓްޒަލޭންޑްގެ އެއާލައިންއެއް ކަމަށްވާ އީޒީޖެޓްގެ ނުވަ މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މައުލޫމާތު، ބަޔަކު ހެކްކޮށްފައިވާ ކަމަށް އެ އެއާލައިން ބުނެފި އެވެ. އީޒީޖެޓް އިން ދާދި ފަހުން ބުނެފައި ވަނީ "ވަރަށް މޮޅު ސައިބާ އެޓޭކް"އެއް ބޭނުންކޮށްގެން އެ އެއާލައިންގެ ކަސްޓަމަރުންގެ މައުލޫމާތު ހެކްކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ކަސްޓަމަރުންގެ އީމެއިލް އާއި ދަތުރުތަކުގެ މައުލޫމާތުތައް ބަޔަކު ހެކްކޮށްފައިވެެއެވެ. އޭގެއިތުރުން 2،208 ކަސްޓަމަރެއްގެ ކްރެޑިޓް ކާޑުގެ މައުލޫމާތު ވެސް ހެކަރުން ބޭނުންކޮށްފައިވާ ކަމަށް އެ އެއާލައިން އިން ބުނެއެވެ. އީޒީޖެޓް އިން ބުނެފައިވަނީ އެ އެއާލައިންއަށް ސައިބާ އެޓޭކެއް ދީފައިވާ ކަމުގެ މައުލޫމާތު ފުރަތަމަ ލިބިފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގައި ކަމަށެވެ. އެހެންނަމަވެސް ކަސްޓަމަރުންގެ ކްރެޑިޓް ކާޑު މައުލޫމާތު ބޭނުންކޮށްފައިވާ ކަމުގެ މައުލޫމާތު ލިބުނީ މިދިޔަ މަހު ކަމަށް އެ އެއާލައިން އިން ބުނެ އެވެ. "ވަރަށް ސޮފިސްޓިކޭޓެޑް ސައިބާ އެޓޭކް އެއް ދީފައިވާ ވަނީ އީޒީޖެޓް އަށް. އެހެންކަމުން އެ އެޓޭކްގެ ސަބަބުން ކުންފުނީގެ ކަސްޓަމަރުންނަށް ވެފައިވާ ގެއްލުމާއި ކިހާ ކަސްޓަމަރުންނަށް ކަމެއް ގެއްލުން ވެފައި ވަނީ މިހާރު ދަނީ ބަލަމުން،" އީޒީޖެޓް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ. އެ މައްސަލައާ ގުޅިގެން މިހާރު އިތުރު ތަހުގީގުތައް ކުރަމުން ދާ ކަމަށް އީޒީޖެޓް އިން ބުންޏެވެ. އަދި އެ އެޓޭކްގެ އަސަރުކޮށްފައިވާ ހުރިހާ ކަސްޓަމަރުންނަށް މިމަހުގެ 26ގެ ކުރީން އަންގާނެ ކަމަށް އެ އެއާލައިން އިން ވަނީ ބުނެފައެވެ.
އިޒީޖެޓްގެ ނުވަ މިލިއަން ކަސްޓަމަރުންގެ މައުލޫމާތު ހެކްކޮށްފި
މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ސަބަބުން ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ޓެނިސް ކުޅުންތެރިންނަށް އެހީވުމުގެ ގޮތުން ހުޅުވާލި ރިލީފް ފަންޑަށް ހަ މިލިއަން ޑޮލަރު އެއްކޮށްފި އެވެ. ދުނިޔޭގެ ޓެނިހާ ބެހޭ މައި އިދާރާއިން ހުޅުވާލި މި ފަންޑަށް އެންމެ ބޮޑަށް އެހީވެފައިވަނީ މިވަގުތު ދުނިޔޭގައި ތިބި އެންމެ ޓޮޕް ތިން ކުޅުންތެރިން ކަމަށްވާ ނޮވަކް ޖޮކޮވިޗްއާއި ރޮޖާ ފެޑެރާގެ އިތުރުން ރަފައެލް ނަޑާލް އެވެ. އެކަމަކު ދާދި ފަހުން އޮސްޓްރޭލިއަން އޯޕަންސްގެ ރަނަރަޕްކަން ހޯދި ޑޮމިނިކް ތިއެމް ވަނީ މިފަންޑަށް އެހީވުމަށް ދެކޮޅު ހަދައިފަ އެވެ. ކޮރޯނާ ވައިރަހުގެ ސަަބަބުން ޓެނިސްގެ ބޮޑެތި ހުރިހާ މުބާރާތްތަކެއ ފަސްކޮށްފައިވާ އިރު، މިއަހަރުގެ ވިމްބްލެޑޮން ޓެނިސް އޯޕަންސް ވަނީ ކެންސަލް ކޮސްފަ އެވެ. އަދި ޔޫއެސް އޯޕަން އާއި ފްރެންޗް އޯޕަން ވަނީ މިއަހަރުގެ އޮގަސްޓް އަދި ސެޕްޓެމްބަރު މަހަށް ފަސްކޮށްފަ އެވެ. އެކަމަކު ޓެނިހުގެ މުބާރާތްތައް މެދުކަނޑާލުމުން ގިނަ ކުޅުންތެރިންތަކެއް ވަނީ މާލީ ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ. މުބާރާތްތަކުން ހޯދާ ޕްރައިޒް ފައިސާއިން ދިރިއުޅުން ބިނާކޮށްފައި ގިނަ ކުޅުންތެރިންތަކެއް ތިބި އިރު މި ކުޅުންތެރިންނަށް އެހީވުމުގެ ގޮތުން ހުޅުވާލި ފަންޑަށް ގިނަ އަދަދެއްގެ އެހީ ދަނީ ލިބެމުންނެވެ. އެގޮތުން މިހާރު ލިބިފައިވާ ހަ މިލިއަން ޑޮލަރު އެހީ، މިވަގުތު ދަތިތަކާ ކުރިމަތިލާން ޖެހިފައި ތިބި 800 އަށް ވުރެން ގިން ޓެނިސް ކުޅުންތެރިންނަށް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށް ޓެނިސް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ. އަދި ފައިސާ ދިނުމުގައި ކުޅުންތެރިންގެ މާލީ ހާލަތާއި، ދުނިޔޭގެ ރޭންކިންގްއަށް ބަލާނެ ކަމަށް ވެސް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން ގައުމުތަކުގައި އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތައް މަޑު މަޑުން ނަގަމުންދާއިރު ޓެނިސް މުބާރާތްތައް ބޭއްވުމަށް މަޝްވަރާ ކުރާތީ ކުރީގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ އެންޑީ މުރޭ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. "އަހަރެންނަށް އިނގޭ ހުރިހާ ޓެނިސް ކުޅުންތެރިން ވެސް ތިބީ ކޯޓަށް އަރައި، ކުޅެން ތައްޔާރަށްކަން. އެކަމަކު މިވަގުތު އެއަށްވުރެން މުހިއްމު ގިނަ ކަންތައްތަކެއް މިއޮތީ ކުރިމަތިވެފައި،" މުރޭ ބުންޏެވެ. މުރޭ ބުނީ، ފުރަތަމަ ކަމަކަށް އެންމެ މުހިއްމީ އާއްމު ހާލަތަކަށް ދިރިއުޅުން ގެންދިއުން ކަމަށެވެ.
ޓެނިސް ރިލީފް ފަންޑަށް 6 މިލިއަން ޑޮލަރު ލިބިއްޖެ
ކޮވިޑް19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކާ ގުޅިގެން، ސިޔާސީ ބައެއް މީހުންނާ ސަރުކާރާ ދެމެދު ވިސްނުމުގެ ތަފާތެއް އުޅޭ ކަމަށާއި، އެހެން ނަމަވެސް ސިއްހީ ކަމެއްގައި ޑޮކްޓަރުން ފިޔަވައި އެހެން ބަޔަކު ދޭންޖެހޭ ލަފައެއް އޮންނާނެ ކަމަށް ނުފެންނަ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ. ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅުތަކާ އެކު ޓޫރިޒަމް މުޅިން ހުއްޓި، އިގްތިސޯދު ވަނީ އަޑިއަޅާލައިފައެވެ. އެހެންކަމުން މިގޮތަށް ފުރަބަންދު ކޮށްގެން ނުތިބެވޭނެ ކަމަށް ބުނެ ސިޔާސީ ބައެއް ފަރާތްތަކުން އަންނަނީ ފާޑުވިދާޅުވަމުންނެވެ. މީގެ އިތުރުން މީހުން ކަރަންޓީނުކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ވެސް، ސިޔާސީ ބޭފުޅުން، ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. މިރޭ އެންއީއޯސީގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަބްރޫކް ވިދާޅުވީ، ސިޔާސީ ބޭފުޅުންނަކީ، ހާއްސަކޮށް މަޖިލިސް މެމްބަރުންނަކީ ރައްޔިތުންގެ މަންދޫބުން ކަމަށާއި، އެހެންކަމުން އެބޭފުޅުން ދައްކަވާ ވާހަކަތައް އަޑުއަހަން ޖެހޭނެ ކަމަށެވެ. އަދި އެބޭފުޅުން ފާހަގަކުރައްވާ ކަންބޮޑުވުންތަކަކީ ރައްޔިތުންގެ މެދުގައި މިވަގުތު ހުރި ކަންބޮޑުވުންތައް ކަން މަބްރޫކް ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، މިކަމުގައި ކަންކުރަން އެންމެ ރަނގަޅު ގޮތުގެ ލަފާދެއްވަނީ ޑޮކްޓަރުން ކަމަށާއި، ޑޮކްޓަރުން ލަފާދެއްވަނީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް، ރާއްޖެ ގައުމެއްގެ ގޮތުގައި ފިޔަވަޅުތައް އަޅަންޖެހޭ ގޮތަށް ކަމަށެވެ. "އަޅުގަނޑަށް ހީވަނީ ވިސްނުމުގެ ތަފާތެއް ބައެއް ބޭފުޅުންގެ މެދުގައި އެބަ އުޅޭ،" މަބްރޫކް ވިދާޅުވިއެވެ. ބޯޑަރުތައް ބަންދުކޮށްފައި ވުމުގެ ސަބަބުން އިގްތިސޯދު ހަލާކުވަމުން އަންނާތީ، އިގްތިސޯދު އާރާސްތުކޮށް ފައިސާ ހޯދާނެ އާ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް ސިޔާސީ މީހުން ބުނަމުން އައި ނަމަވެސް، ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ނުވާނަމަ، އިގްތިސޯދެއްގެ ބޭނުން ނެތް ކަމަށް މަބްރޫކް ވިދާޅުވާ ވާހަކަ މި ރޭ ވެސް ތަކުރާރު ކުރެއްވިއެވެ. "އެހެންވީމަ އަޅާ ކޮންމެ ފިޔަވަޅެއް އެޅުމުގައި އެންމެ އިސްކަމެއް ދޭނީ ރައްޔިތުންގެ އާންމު ސިއްހީ ހާލަތު ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށްޓަކައި. މިކަމުގައި ޑޮކްޓަރުން ނޫން ބަޔަކު ދޭންޖެހޭ ލަފައެއް އޮންނާނެ ކަމަކަށް ނުފެނޭ،" މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ ޑޮކްޓަރުންްގެ ލަފަޔާ އިރުޝާދާ އެއްގޮތަށް، ކުރަންޖެހޭ ކަންކަން ކުރުމަށްފަހު، ބާކީ އޮތް ހުރިހާ ޖާގައެއް ބޭނުންކުރަނީ އިގްތިސޯދު ހަލާކުވެދިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ. "ދިރިއުޅުމުގެ ހާލަތު ވެސް ފަސޭހަކޮށްދިނުމަށް ޓަކައި، ކުރަންޖެހޭ މަސައްކަތްތައް ކުރަން ޖެހެނީ ޑޮކްޓަރުންގެ ލަފާ އަޑުއެހުމަށްފަހު އެބޭފުޅުން އެދިވަޑައިގަންނަވާ ފިޔަވަޅުތައް އެޅުމަށް ފަހު ދެން ބާކީ އޮތް ޖާގައެއްގެ ތެރޭގައި. ސަރުކާރު އޮޕަރޭޓް ކުރަމުން ދާނީ އެގޮތަށް،" މަބްރޫކް ވިދާޅުވިއެވެ. މިކަމާ ގުޅިގެން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ޑޮކްޓަރުންްގެ އިރުޝާދާ ލަފާތަކަކީ ޓެކްނިކަލް ބައެއްގެ ތެރޭގައި މަޝްވަރާ ކުރެވިގެން، އެންމެ ރަނގަޅުކަމަށް ފެނިގެން ނުކުތް ލަފާތައް ކަމަށެވެ.
ސިއްހީ ކަންކަމުގައި ޑޮކްޓަރުން ނޫން ބަޔަކު ދޭނެ ލަފައެއް ނޯންނާނެ: މަބްރޫކް
ކޮވިޑް19އަށް ޕޮޒިޓިވްވެގެން ހޯދަމުންދާ ދެ ބިދޭސީންގެ ތެރެއިން އެކަކު ފެނިއްޖެ އެވެ. އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ގެއްލިގެން ހޯދަމުންދިޔަ އިތުރު ބިދޭސީއަކު ފެނިފައިވާ ކަމަށާއި މިހާރު ނުފެންނަނީ އެންމެ މީހެއް ކަމަށެވެ. ފަހުން ފެނުނު ބިދޭސީ މީހާއަކީ ކޭސް ނަންބަރު 594 ކަމަށާއި ކޭސް ނަންބަރު 1062 އަދި 1063 އަކީ އޭނާއާ އެއްކޮށް ދިރިއުޅުނު ދެ މީހުން ކަމަށް މަބްރޫކް ވިދާޅުވި އެވެ. ވިލިމާލެ ޑިޓެންޝަން ސެންޓަރުން ޕޮޒިޓިވްވި ދެމީހުންގެ ކޭސް ނަންބަރަކީ 1062 އަދި 1063. އެ ދެމީހުން ވެސް ބޭތިއްބިފައި ތިބީ އައިސޮލޭޓެޑް ސެލްތަކުގައި [އެހެން އެއްވެސް މީހަކާ އެއްކޮށެއް ނޫން، އިތުރު ކޮންޓެކްޓެއް ހުންނާނެ ގޮތަކަށް ނޫން]. މި ދެމީހުން ކުރިން ދިރިއުޅެމުން ދިޔައީ އަޅުގަނޑުމެން ޕޮޒިޓިވް ވެގެން ހޯދި މީހެއް [ނުފެނިގެން ޕޮލިހަށް އެންގި މީހުންގެ ތެރެއިން އެކަކު] އެއީ ކޭސް 594 އާ އެއް ލިވިން ބްލޮކެއްގައި." މަބްރޫކް ވިދާޅުވި އެވެ. "އިއްޔެއާ ހަމައަށް އަޅުގަނޑުމެންނަށް ނުފެނި ތިބި ދެމީހުންގެ ތެރެއިން އެކަކު ކޭސް ނަންބަރު 594އަކީ. އެމީހާ މިހާރު ވަނީ ފެނިފައި. އެހެންވީމަ އަޅުގަނޑުމެން ހޯދަމުން ދިޔަ މީހުންގެ ތެރެއިން ނުފެނި ވަނީ އެކަކު." ސާމްޕަލް ނެގުމަށްފަހު ނަތީޖާ ލިބުނު އިރު ކޮވިޑް19 އަށް ޕޮޒިޓިވްވި ހަތް މީހަކު ނުފެނިގެން، އެމީހުން ހޯދުމަށް އެޗްޕީއޭއިން މީގެ ކުރިން ވަނީ ފުލުހުންގެ އެހީތެރިކަމަށް އެދިފަ އެވެ. ކޮވިޑް-19 އަށް ޓެސްޓްކޮށް ނަތީޖާ ލިބެންދެން ގިނަ މީހުން ތިބެނީ ދޫކޮށްލައިފަ އެވެ. އަދި ޕޮޒިޓިވްވުމުން އެ މީހަކު އައިސޮލޭޝަނަށް ގެންދިއުމުގެ މަސައްކަތް އެޗްޕީއޭ އިން ކުރެއެވެ.
ގެއްލިގެން ހޯދަމުންދިޔަ އިތުރު ބިދޭސީއަކު ފެނިއްޖެ
ސައުދީގެ މަހުޖަނުންތަކެއްގެ އަތްމައްޗަށް ދޫވެފައިވާ އިނގިރޭސިވިލާތުގެ ނިއުކާސަލްއިން ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ގެރެތް ބޭލް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފި އެވެ. ސައުދީގެ އިންވެސްޓަރުންގެ ބޮޑު ހިއްސާއަކާ އެކު 300 މިިލިއަން ޕައުންޑަށް ނިއުކާސަލް ގަންނަން ހުށަހެޅީ އަމަންޑާ ސްޓަވިލީސްގެ ޕީސީޕީ ކެޕިޓަލް ޕާޓްނާސްގެ ފަރާތުންނެވެ. އަމަންޑާއާ އެކު ނިއުކާސަލްގެ މި ޑީލް ކުރިއަށް ގޮސްފިނަމަ އެ ކްލަބްގައި ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ 80 ޕަސެންޓް ހިއްސާ އޮންނާނެ އެވެ. ބާކީ 20 ޕަސެންޓް ބެހިފައި އޮތީ އަމަންޑާ އާއި ރިއުބެން ބްރަދާސްގެ ތެރެއިން ކޮންމެ ބަޔަކަށް 10 ޕަސެންޓް ލިބޭ ގޮތަށެވެ. ނިއުކާސަލް ޑީލުގެ ފުރަތަމަ މަރުހަލާ ނިމުމަކާ ގާތްވެފައިވާއިރު، އެ ކްލަބްގެ މިހާރުގެ ވެރިޔާ މައިކް އެޝްލީ އަށް ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން މެދުވެރިކޮށް ވަނީ ރިފަންޑް ނުކުރެވޭގޮތަށް ކްލަބްގެ މިހާރުގެ ހަރަދުތަކަށް 17 މިލިއަން ޕައުންޑް ދީފަ އެވެ. އެއާ އެކު މި ޑީލް ނިމިގެންދާއިރު ނިއުކާސަލް އަކީ ޔޫރޮޕުގެ އެންމެ މުއްސަނދިއެއް ކުލަބަށްވާނެ އެވެ. އެހެން ކަމުން އެކުލަބަށް މަޝްހޫރު މޮޅެތި ކުޅުންތެރިން ބޮޑެތި އަގުތަކުގައި ގެންދަން ފެށުމަކީ އިއްތިފާގަކަށް ނުވާނެ އެވެ. އެގޮތުން ނިއުކާސަލްގެ ފުރަތަމަ ޓާގެޓެއްގެ ގޮތުގައި މިހާރު ވަނީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބޭލް ކަނޑައަޅާފަ އެވެ. އުމުރުން 30 އަހަރުގެ ބޭލްއަށް ފަހަކަށް އައިސް ރެއާލްމެޑްރިޑްގެ ފުރަތަމަ އެގާރައިން ޖާގަ ނުލިބެން ފެށީ ގިނަ އަނިޔާތަކަކާ ކުރިމަތިލާންޖެހި ފޯމު ކެޓުމުގެ ސަބަބުންނެވެ. އަދި އޭނާ ކުރިން ކުޅުނު ޕްރިމިއާ ލީގަށް އެނބުރި އަންނަން ބޭނުންވެފައި ހުރިކަމަށް ގިނަ ރިޕޯޓުތަކުން ބުނެފަައިވާ އިރު ނިއުކާސަލް އިން އޭނާ ގެންދަން މަސައްކަތް ކުރަނީ 53 މިލިއަން ޕައުންޑަށް ކަމަށްވެއެވެ. ނިއުކާސަލް ގަތުމުގައި ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ބޭނުންފުޅު ކުރައްވަނީ ސައުދީ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) ގެ އެހީ އެވެ. އެ ފަންޑުގައި މިހާރު ވެސް 260 ބިލިއަން ޕައުންޑް އެބަހުއްޓެވެ. މިއީ ޕްރިމިއާ ލީގުގައި ނިއުކާސަލް ނުލައި ދެން އޮތް ހުރިހާ ޓީމުތަކުގެ މިލްކިއްޔާތަށް ވުރެ ބޮޑު އަދަދެކެވެ.
ނިއުކާސަލް ޔުނައިޓެޑުން ބޭލް ހޯދުމުގެ މަސައްކަތް ފަށައިފި
ރާއްޖެއިން ކޮވިޑް19 ޖެހުނު އިތުރު 12 މީހަކު ރަނގަޅުވެއްޖެ އެވެ. މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދަޅުވީ ރާއްޖެއިން މިހާތަނަށް ރަނގަޅުވި މީހުންގެ އަދަދު 86 އަށް އަރާފައިވާ ކަމަށެވެ. ފަހުން ރަނގަޅުވި 12 މީހުންގެ ތެރޭގައި ހިމެނެނީ 10 ބިދޭސީންނާއި ދެ ދިވެހީން ކަމަށް މަބްރޫކް ވިދާޅުވި އެވެ. ރާއްޖެއިން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 1143 އެވެ. އޭގެ ތެރެއިން މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 1051 އެވެ. އަދި ބަލި ޖެހިގެން ޖުމުލަ 86 މީހަކު ރަނގަޅުވިއިރު، ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.
ކޮވިޑް ޖެހުނު އިތުރު 12 މީހުން ރަނގަޅުވެ، ޖުމުލަ އަދަދު 86އަށް އަރައިފި
ޗައިނާ ހިލޭ އެހީގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި 800 އެނދުގެ ޖާގަ ހިމެނޭ ލޭބާ ކުއާޓަރުގެ މަސައްކަތް ނިމިއްޖެ އެވެ. އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ އެޗްޑީސީއާ ގުޅިގެން ކުރި ލޭބާ ކުއާޓަރުގެ މަސައްކަތަށް ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކޯޕަރޭޝަނުން އެއްވެސް އަގެއް ނަގާފައި ނުވާ ކަމަށެވެ. "އެތަނުގައި 800 އެނދުހުރޭ، ހަތަރު ޑޯމިޓަރީ ބްލޮކަކަށް ބެހިފައި ހުންނަނީ. އެއް މެސް ހޯލްއާއި ބަދިގެއެއް ހުރޭ އަދި ދެ ފާހަނާ ބްލޮކް ވެސް އެތަނުގައި ހުންނާނެ." މަބްރޫކް ވިދާޅުވި އެވެ. މީގެ އިތުރުންް ބެއިޖީން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)ގެ ފަރާތުން ހުޅުމާލޭގައި ހުރި ދެ ބުރި އިމާރާތެއް ރެނޮވޭޓް ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. ބީޔޫސީޖީން 40 މަސައްކަތްތެރީންގެ ޓާސްކް ފޯހެއް އެކުލަވާލައުގެން މަސައްކަތް ކުރަމުން އަންނަނީ އެ އިމާރާތުގައި 327 އެނދުގެ ކަރަންޓީން ފެސިލިޓީއެއް ގާއިމު ކުރުމަށް ކަމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަނީ ވިދާޅުވެފަ އެވެ.
ޗައިނާ ކުންފުނިން އަޅައިދޭ ލޭބާ ކުއާޓަރުގެ މަސައްކަތް ނިމިއްޖެ
މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އެތައް ބައެއްގެ ވަޒީފާތައް ގެއްލި ހާލުގައި ޖެހެމުންދާ އައިލާތައް މަދެއް ނޫނެވެ. އަދި މިހާލަތުގައި ރަމަޟާން މަސް އައުމަކީ އެތައް ބަޔަކަށް އިތުރު ދަތިތަކެއް ކުރިމަތިވެދާނެ ކަމަކަށް ވެދާނެއެވެ. މިހާލަތުގައި ރޯދަ ވީއްލުމަށްވެސް ދަތި އެތައް ބަޔަކު ތިބޭނެއެވެ. އެހެންކަމުން އެ ފަރާތްތަކުންނަށް އެހީގެ އަތެއް ދިއްކޮށްލުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެފަރާތްތަކަށް އެހީތެރިވުމަށް މަމްސް އެންޖީއޯ އިން ދާދި ފަހުން ވަނީ ހާއްސަ ހަރަކާތެއް ފަށާފައެވެ. އެއީ ހާލުގައި ޖެހިފައިވާ އާއިލާތަކަށް ރޯދަ ވީއްލުމުގެ އިންތިޒާމު ހަމަޖެއްސުމެވެ. މަންމައިންނާއި އަންހެނުން އަދި އާއިލާތަކަށް ހާއްސަކޮށްގެން ރާއްޖޭގައި ހިންގަމުން އަންނަ މަމްސް އެންޖީއޯ އާއި ޕިކްލްސް ރެސްޓޯރެންޓް ގުޅިގެން ވަނީ "އެންމެން އެކުގައި" ނަމުގައި ހާއްސަ ޕްރޮގްރާމެއް ދާފި ފަހުން ފަށާފައެވެ. އެއީ ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީގެ އަތެއްގެ ގޮތުގައި ރޯދަވީލުމެއް ނުވަތަ ހާރު ކެއުމެއް ހަމަޖައްސައިދިނުމެވެ. ނަމަވެސް މި ހަރަކާތަކީ އާންމުންގެ ބައިވެރިވުމާއެކު ކުރިއަށް ގެންދެވޭނެ ހަރަކާތެކެވެ. ސަން އަށް މިއަދު މައުލޫމާތު ދެއްވަމުން މަމްސް އެންޖީއޯގެ ޖެނެރަލް ސެކްރެޓަރީ ފާތިމަތު ރިޔާޝާ ވިދާޅުވީ އިއްޔެ ފަށާފައިވާ އެ ޕްރޮގްރާމަކީ "ސްޕޮންސާ އަ މީލް" ޕްރޮގްރާމް އެއް ކަމަށެވެ. އެގޮތުން އާންމުންގެ ފަރާތުން ލިބޭ ޑޮނޭޝަންގެ އެހީގައި ޕިކްލްސް ރެސްޓޯރެންޓް މެދުވެރިކޮށް ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިފްތާރު އަދި ސުހޫރު ޕެކޭޖް ޑޮނޭޓް ކުރެވޭނެ ކަމަށް ރިޔާޝާ ވިދާޅުވިއެވެ. މަމްސް އެންޖީއޯ އާއި ޕިކްސްލް ރެސްޓޯރަންޓް ގުޅިގެން ހިންގާ "އެންމެން އެކުގައި" ޕްރޮގްރާމްގައި ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ---- "ޕިކްލްސް ރެސްޓޯރެންޓް އިން ވަނީ ވަރަށް ކުޑަ ރޭޓެއްގައި އިިފްތާރު އާއި ސުހޫރު ހަމަޖައްސައިދިނުމުގެ ޕެކޭޖުތަކެއް ކަނޑައަޅާފައި،" އޭނާ ވިދާޅުވިއެވެ. އެގޮތުން އާންމުންނަށް އެންމެ 50 ރުފިޔާ ޑޮނޭޓްކޮށްގެން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެއިން ޕެކޭޖެއް ހަމަޖެއްސޭނެ އެވެ. ރޯދަ ވީއްލުމާއި ހާރު ހަމަޖައްސައި ފޮނުވާއިރު، ހާލުގައި ޖެހިފައި ނުވަތަ ވަލްނަރަބަލް އާއިލާތަކުގެ ހާއްސަ ލިސްޓެއް މަމްސް އެންޖީއޯއިން ވަނީ އެކުލަވާލާފައެވެ. އެގޮތުން އެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ޑޮނޭޝަން މެދުވެރިކޮށް ރޯދަ ވީއްލުމުގެ ޕެކޭޖްތައް ހަމަޖެހިގެން ދާނެއެވެ. "ޑޮނޭޓް ކުރާއިރު އަޅުގަނޑުމެން ބަލާނަން އެ ގެއެއްގައި ނުވަތަ އާއިލާގެ ތިބީ ކިތައް މީހުންތޯ. އެއަށްފަހު އެއިން ކޮންމެ ފަރާތަކަށް މީލް ޕްލޭން އެއް ޑެލިވާ ކޮށްދޭނެ،" އޭނާ ވިދާޅުވިއެވެ. އެގޮތުން ރޯދަވީއްލުމެއް ނުވަތަ ހާރަށް ބޭނުންވާ މީލް ޕްލޭން، އެ އާއިލާއެއްގެ އުމުރުން ތިން އަހަރުން މަތީ ކޮންމެ ފަރާތަކަށްވެސް ހަމަޖެހިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މަމްސް އެންޖީއޯގެ ވަލްނަރަބަލް އާއިލާތަކުގެ ލިސްޓުގައި ހިމަނާފައިވާ ފަރާތްތަކަށް ޕްލޭން ހަމަޖައްސައިދޭއިރު އެ ލިސްޓުގައި ނަން ހިމެނުމުގެ ފުރުސަތުވެސް އެބައޮތެވެ. އެގޮތުން އެފަރާތަކަށް ގުޅުމަށްފަހު ރެޖިސްޓާ ކުރުމުން މަމްސް އެންޖީއޯއިން އެ ފަރާތެއް ބަލައި ޗެކު ކުރާނެ ކަމަށް ފިރާޝާ ވިދާޅުވިއެވެ. އެ ޕްރޮގްރާމް ފެށިތާ މާ ގިނަ ދުވަހެއް ނުވި ނަމަވެސް އެ ޕްރޮގްރާމަށް އަންނަނީ ގިނަ ބައެއްގެ ތަރުހީބު ލިބެމުންނެވެ. އެގޮތުން މިހާތަނަށްވެސް ވަނީ 400 މީލް ޕެކޭޖް ތައްޔާރު ކުރެވޭނެ ވަރަށް ޑޮނޭޝަން ލިބިފައި ކަމަށް އޭނާ ވިދާޅުވިއެވެ. ކެޕްޝަން.. ފިރާޝާގެ އެންމެ ބޮޑު އެދުމަކީ ވީހާވެސް ގިނަ ބަޔަކު އެ ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. "އެންމެން އެކުގައި" ހާލުގައި ޖެހިފައި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ރިޔާޝާގެ ބޮޑު އެދުމެކެވެ. އެގޮތުން މަމަސް އެންޖީއޯ އާއި ޕިކްލްސް މެދުވެރިކޮށް އިފްތާރު ނުވަތަ ސުހޫރު ސްޕޮންސާ ކުރުމަށްޓަކައި 9899926 ނުވަތަ 9914433 ގުޅާލާށެވެ. ނުވަތަ މަމްސް އެންޖީއޯ ފޭސްބުކް އަދި އިންސްޓަގްރާމް ޕޭޖު މެދުވެރިކޮށްވެސް މީލް ޕްލޭން އެއް ސްޕޮންސާކުރުމަށް މައުލޫމާތު ސާފުކުރެވޭނެއެވެ.
މަމްސް މެދުވެރިކޮށް ހާލުގައި ޖެހިފައިވާ އާއިލާތަކަށް ރޯދަވީއްލުމެއް
މިދިޔަ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު ރިލީޒްކުރި ކާމިޔާބު ފިލްމު "މަލަންގް"ގެ ސީކުއަލެއް އަންނާނެ ކަމަށް ފިލްމުގެ ޓީމުން ބުނެފި އެވެ. ފިލްމުގެ ދެވަނަ ބައެއް އަންނާނެކަން ފިލްމުގެ ޕްރޮޑިއުސަރެއްކަމަށްވާ އަންކުރް ގާޖް ވަނީ ކަށަވަރުވެސް ކޮށްދީފަ އެވެ. އޭނާ ބުނީ ފިލްމަށް ލިބުނު ބޮޑު ތަރުހީބަށް ބަލައި ފިލްމުގެ ދެވަނަ ބައެއްވެސް ގެނެސްދިނުމަށް ނިންމީ ކަމަށާއި މިހާރު ޑައިރެކްޓަރު މޯހިތު ސުރީ އާއި ޕްރޮޑިއުސަރު ލަވް ރަންޖަން އެކުވެގެން އެ ފިލްމުގެ މަސައްކަތް ވެސް ފަށާފައިވާކަމަށެވެ. ގޯއާގެ ހިތްގައިމު މާހައުލުތަކުގައި ޝޫޓްކޮށްފައިވާ އެ ފިލްމުގެ ލީޑު ތަރިންގެ ގޮތުގައި ފެނިގެންދިޔައީ އަދިތްޔާ ރޯއީ ކަޕޫރު އާއި ދިޝާ ޕާޓްނީއެވެ. އެ ފިލްމުގެ ރޯލުތަކުން އަނިލް ކަޕޫރާއި ކުނާލް ކޭމޫ ވެސް ވަނީ ފެނިގެން ގޮއްސަ އެވެ. މިއަހަރު ނުކުތް ފިލްމުތަކުގެ ތެރެއިން ތިންވަނައަށް މި ފިލްމު ވަނީ އެންމެ ބޮޑު އޯޕަނިން ހޯދި ފިލްމަށް ވެފަ އެވެ. އެ ފިލްމު ރިލީޒްކުރިތާ ފުރަތަމަ ދުވަހު ވެސް އެ ފިލްމަށް ވަނީ ހަ ކުރޯޑުގެ އާމްދަނީއެއް ލިބިފަ އެވެ. ވަރުގަދަ ޓްވިސްޓްތަކަކާ އެކު ފެނިގެންދިޔަ އެ ފިލްމަކީ ދިޝާ އާއި އަދިތްޔާގެ ޖޯޑު އެކުގައި ސްކްރީނުން ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ. އެ ދެ ޖޯޑަށް އާންމުންވެސް އަންނަނީ ވަރަށް ބޮޑަށް ތައުރީފްކުރަމުންނެވެ.
"މަލަންގް"ގެ ސީކުއަލެއް ހަދާނެ
ކައިވެންޏަށް ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާކަމަށް ބުނެ ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ނަވާޒުއްދީން ސިއްދީގީގެ އަންހެނުން އާލިޔާ އޭނާގެ ގާތުން ވަރިވާން ކޯޓަށް ހުށައަޅައިފި އެވެ. އެކަން ނަވާޒުއްދީންގެ އަންހެނުން އާލިޔާގެ ލޯޔަރުވަނީ ކަށަވަރުވެސް ކޮށްދީފަ އެވެ. ލޯޔަރު ބުނީ ނަވާޒުއްދީނަށް މިހާރު ލީގަލް ނޯޓިސްވެސް ފޮނުވާފައިވާ ކަމަށާއި ނޯޓިސް ފޮނުވީ މި މަހު ހަތްވަނަ ދުވަހުކަމަށެވެ. އޭނާ ބުނީ މި ވަގުތަށް ބުނެވެން އޮތީ މިވަރަށް ކަމަށާއި އެ ކަމާ ބެހޭ ގޮތުން އިތުރަށް ވާހަކަ ވެސް ދައްކަން ބޭނުންނުވާ ކަމަށެވެ. މީގެ ތިން އަހަރު ކުރިން ވެސް އެދެމީހުން ވަރިވާން އުޅޭކަމުގެ އަޑު ވަނީ ފެތުރިފަ އެވެ. ދިގުލައިގެން ދިޔަ ގިނަ މައްސަލަތަކަކާ ގުޅިގެން އާލިޔާ އެ ކައިވެނި ރޫޅާލަން ނިންމިއިރު މީގެ ކުރިން ނަވާޒުއްދީން ވަނީ ކައިވެނީގެ ބޭރުން އެހެން އެކްޓަރަކާ ލޯބީގެ ގޮތުން ގުޅިވެސްފަ އެވެ. އޭގެ އިތުރުން އޭނާ ވަނީ ނިޔުޔޯކުގައި އުޅޭ ވެއިޓްރަސް އަކާ އެކު ވެސް ލޯބީގެ ގޮތުން ގުޅުން ހިންގާފައެވެ. އެކަމަށް ނަވާޒުއްދީން ވަނީ އެއްބަސްވެސްވެފަ އެވެ. ބޮމްބޭ ޓައިމްސް އަށް އާލިޔާގެ ގާތް ފަރާތަކު ދިން އިންޓަވިއުއެއްގައި ބުނީ އޭނާ މިހާރު ވިސްނަނީ 10 އަހަރު ދުވަސްވީ ކައިވެނި ރޫޅާލުމަށް ފަހު އެ ކައިވެންޏަށް ލިބުނު ދެ ދަރިންގެ ކަސްޓަޑީ ހޯދުމަށެވެ. ނަވާޒުއްދީން ދެން އެންމެ އަވަހަށް ސްކްރީނުން ފެނިގެންދާނީ "ގޫމްކެޓޫ"އިންނެވެ. އެ ފިލްމަށްފަހު އޭނާގެ ކޮއްކޮ ޝަމަސް ނަވާބް ސިއްދީގީ ޑައިރެކްޓްކުރާ "ބޯލޭ ޗޫޅިޔާ" އިން ވެސް ނަވާޒުއްދީން ފެނިގެންދާނެއެވެ.
ނަވާޒުއްދީންގެ ގާތުން ވަރިވާން އޭނާގެ އަންހެނުން ކޯޓަށް
ވެލާ ޕްރައިވެޓް އައިލެންޑުން ނ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މާސްކާއި އަންގި ހަދިޔާ ކޮށްފި އެވެ. ރާއްޖެއިން ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ މަސައްކަތުގައި އެހީވުމުގެ ގޮތުން، ނ. އަތޮޅުގައި އޮންނަ ވެލާ ޕްރައިވެޓް އައިލެންޑުން މިއަދު ވަނީ އެ އަތޮޅުގެ 13 ރަށަކަށް ޖުމުލަ 20،000 އަންގިއާއި މާސްކް ހަދިޔާކޮށްފަ އެވެ. އެގޮތުން މި ތަކެތި ހަދިޔާކޮށްފައިވަނީ ކޮންމެ ރަށެއްގެ ވެސް އާބާދީއަށް ބަލައި، އާބާދީއަށް ވުރެން އިތުރަށް ކަމަށް ވެލާއިން ބުނެ އެވެ. އަދި މި ތަކެތި މިއަދުގެ ވަގުތެއްގައި އެ އަތޮޅުގެ 13 ރަށެއްގެ ކޮވިޑް-19 ޓާސްކްފޯހާއި ހަވާލުކޮށްފައިވާނެ ކަމަށް ވެސް ވެލާއިން ބުނެ އެވެ. ނ. އަތޮޅުގެ ރަށްތަކަށް ވެލާ ރިޒޯޓުން ހަދިޔާ ކުރި ތަކެތި --- "އަޅުގަނޑުމެން މިކަމުގައި ނުބަލަން އަރަނީ ކިހާވަރެއްގެ ކޯސްޓެއްތޯ. އެންމެ މުހިއްމު ކަމަކީ އަޅުގަނޑުމެން ނިސްބަތް މިވާ ނ. އަތޮޅާއި، ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން،" ވެލާގެ ހިއުމަން ރިސޯސް ޑިޕާޓްމެންޓުގެ ހެޑް ސިއްދީގް ވިދާޅުވި އެވެ. މީގެ ކުރިން ވެސް ވެލާގެ ވެރިޔާ ޖިރީ ސްމެކް އާއި އެ ރިޒޯޓުގެ ހިއްސާދާރެއް ކަމަށްވާ ޑެނިއެލް ކްރެޓިންސްކީ ވަނީ ރާއްޖެއަށް ފަސް ވެންޓިލޭޓަރާއި 10،000 ޓެސްޓު ކިޓާއި 100،000 ފޭސް މާސްކާއި 200 ރެސްޕިރޭޓަރާއި 500 ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ) ހަދިޔާ ކޮށްފަ އެވެ. އަދި މީގެ އިތުރުން ދާދި ފަހުން ކޮރޯނާގެ ޕޮޒިޓިވް ކޭސްތަކެއް ފެނުނު ށ.ނަރުދޫއަށް ވެސް ވަނީ ވެލާއިިން އެހީވެފަ އެވެ. އެގޮތުން އެ ރަށަށް ބޭނުންވާ މާސްކާއި، އަންގި ވަނީ އެ ރަށުގެ ކައުންސިލަށް ހަދިޔާ ކޮށްގަ އެވެ.
ވެލާ ރިސޯޓުން ނ. އަތޮޅުގެ ހުރިހާ ރަށަކަށް އެހީވެދީފި
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން މި އަހަރުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކްލައިމެޓް އެމަޖެންސީގެ ގަރާރުގެ ދަށުން ކުރި މަސައްކަތެއް ފެންނަން ނެތްކަމަށް ބުނެ، ރާއްޖޭގެ ތިމާވެއްޓަށް ލިބޭ ގެއްލުންތަކާ ދެކޮޅަށް ވަކާލާތުކުރާ "ސޭވް މޯލްޑިވްސް" ކެމްޕޭނުން ރައްޔިތުންގެ މަޖިލީހަށް ފާޑު ކިޔައިފިއެވެ. "ސޭވް މޯލްޑިވްސް"ގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ކޮވިޑް19 ޕެންޑެމިކްގެ ސަބަބުން ރާއްޖޭގެ ސިއްހީ ނިޒާމާއި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމާއި އިގްތިސާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށާއި، މިއީ ރައްޔިތުންގެ މާލީ ފުދުންތެރިކަމާއި ދިރިއުޅުމުގެ އަސާސީ ކަންކަމަށް ނުތަނަސްވަން ފޯރާފައިވާ އަދި އަވަހަށް އަރައިގަނެވޭނެ ހާލަތެއް ނޫންކަން ފެންނަމުންދާ ކަމަށެވެ. ސޭވް މޯލްޑިވްސްގެ ސިޓީގައި ބުނެފައިވަނީ ރާއްޖޭގެ ނާޒުކު ތިމާވެށީގެ ހާލަތާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ލިބޭނެ ގެއްލުންތައް އެނގި، އަދި ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރާނެ ގެއްލުންތައް އަންދާޒާ ކުރެވޭ އިރު، ބޮޑެތި ދަރަނީގެ ލޯނުތަކުގެ އެހީގައި ތިމާވެއްޓަށް ގެއްލުންދޭ މަޝްރޫއުތައް ބާރު ދުވެލީގައި މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އަދި މި ކަންކަމާ މެދު މަޖިލީހުން ފިޔަވަޅު ނޭޅުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމުގައި އެ ކެމްޕޭނުން ބުންޏެވެ. މިސާލެއްގެ ގޮތުގައި ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ނަގަމުން، ސޭވް މޯލްޑިވްސްއިން ބުނީ 300 މިލިއަން ޑޮލަރުގެ ލޯނުގެ އެހީގައި ހިންގާ އެ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ތަރިކަ ކަމުގައިވާ މުހިންމު ޑައިވް ސަރަހައްދުތަކަށް ގެއްލުންވެ، އެންވާރަމަންޓް އިމްޕެކްޓް އެސެސްމަންޓުން އެކަމުގެ ގެއްލުންތައް ޓޫރިޒަމާ ގުޅިފައިވާ ކުދި ވިޔަފާރިތަކަށްވެސް ވާނެކަން ފާހަގަކޮށްފައި ވާ ކަމަށެވެ. "އަދި މި މަޝްރޫޢު ގެ ސަބަބުން ގުޅީފަޅުގެ ވެށި މުޅިން ފަނާވެގެން ދާނީ ތިމާވެށީގެ އަގުނުކުރެވޭނޭ ބޮޑެތި ގެއްލުން ތަކެއްދީފައެވެ،" އެ ސިޓީގައި ވެއެވެ. މިހާރު ތަޖުރިބާކުރެވެމުންދާ ހުޅަނގު މޫސުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުމުގެ ތޫފާނީ ނޭދެވޭ ބޮޑެތި އަސަރުތަކެއް ކޮށް، ރައްޔިތުންގެ ގެދޮރާއި، ދަނޑުވެރިންގެ ދަނޑުތަކާއި، މިވަގުތު އާމްދަނީ ހޯދުމަށް އޮތް ހަނި ވަސީލަތްތަކަށް ގެއްލުންވުމުގެ ސަބަބުން ހާލުގައި ޖެހިފައި އޮތް "ދައުލަތުގެ ދަރަނިވެރި އިގްތިސާދަށް" އަނެއްކާވެސް ހަރަދުތަކެއް ކުރަން ޖެހިފައިވާކަމަށް މިސިޓީގައި ސޭވް މޯލްޑިވްސްއިން ފާހަގަކުރިއެވެ. ސޭވް މޯލްޑިވްސްއިން ބުނީ ފަރުފަޅުތަކަކީ ރާއްޖޭގެ ގުދުރަތީ ބިންގާ ކަމަށާއި ދިފާއީ ނިޒާމުކަމަށް ވާ އިރު، އެ ނިޒާމުގައި ވާ ހުރހާ ދިރުންތަކަކީ ރާއްޖޭގެ އިގްތިސާދުގެ އަސާސު ކަމަށެވެ. ދެހާސް ސޯޅަވަނަ އަހަރުގެ ތިމާވެށި ރިޕޯޓަށް ރިއާއަތްކުރަމުން ސޭވް މޯލްޑިވްސްއިން ބުނީ ރާއްޖޭގެ އެކްސްޕޯޓުގެ 98 ޕަސަންޓު ބަރޯސާވަނީ ގުދުރަތީ ވެއްޓާއި ވެށީގައިވާ ދިރުންތަކާއި ވަސީލަތްތަކަށް ކަމަށާއި، އަދި 71 ޕަސަންޓު މީހުންގެ ވަޒީފާ ބަރޯސާވަނީވެސް އެ ވެއްޓާއި ދިރުންތަކުގެ ވަސީލަތްތައް ކަމަށެވެ. "އެ ގުދުރަތީ ވަސީލަތްތައް އިޔާދަނުކުރެވޭ މިންވަރަށް ފަނާކުރުމަކީ ދައުލަތުގެ ތަރަްގީގެ ޕްލޭނަށް ވެގެން ދިއުމަކީ ބުއްދި ގަބޫލުކުރެވޭ ފަދަ، އަދި ރައްޔިތުންގެ މަސްލަހަތާއި ރައްކާތެރިކަން އެކަމުގައި އޮންނާނެ ކަމެއްވެސް ނޫނެވެ،" އެ ސިޓީގައި ބުނެފައިވެއެވެ. ސޭވް މޯލްޑިވްސްގެ ސިޓީގައި ބުނެފައިވަނީ ރާއްޖޭގެ ރައްޔިތުންގެ ދިރުމާ ގުޅިފައިވާ ތިމާވެށީގެ ގުދުރަތީ ނިޒާމު ފަނާކުރުމުން ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މުސްތަގުބަލުގައި ރާއްޖެއަށް ވާނީ އިތުރު ގެއްލުންކަން މަޖިލީހަށާއި މަޖިލީހުގެ ރައީސަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. "އެހެންކަމުން ރާއްޖޭގެ ތިމާވެށްޓާއި އިޤްތިޟާދުގެ ހާލަތު އިތުރަށް ހީނަރު ވިޔަނުދިނުމަށް، އަދުގެ ބަދަލުވެފައިވާ ހާލަތަށް އިޖާބަދީ، ގުޅީފަޅު ފަދަ ތިމާވެށްޓަށް ގެއްލުންބޮޑު އެންމެހާ މަޝްރޫޢުތައް ހުއްޓުވާ ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ތިޔަ މަޖިލިހުގެ ޒިންމާއެއް ކަމަށް ދެކެމެވެ. އަދި ތިޔަ މަޖިލިހުން އިސްނަގައިގެން މި ނާޒުކު ފައްތަރުގައި މިހާރުގެ ޖީލުތަކާއި އަންނާން އޮތް ޖީލުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި އެ ޒިންމާ އުފުލުމަށް ގޮވާލަމެވެ،" ސޭވް މޯލްޑިވްސްއިން ގޮވާލާފައި ވެއެވެ.
ކްލައިމެޓް އެމަޖެންސީގެ ދަށުން ކުރެވުނު މަސައްކަތެއް ނުފެނޭ: ސޭވް މޯލްޑިވްސް
އަގު ކޮންޓްރޯލުކޮށްފައިވާ މުދާ އަގުބޮޑުކޮށް ވިއްކާ ފަރާތްތަކުގެ މައުލޫމާތު ރިޕޯޓު ކުރުމަށް އިކޮނޮމިކް މިނިސްޓްރީ އިން އަނެއްކާވެސް އެދެފިއެވެ. މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން މުދަލެއް ވަކިވަކިން ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅާފައިވަނިކޮށް، ކޮންޓްރޯލު ކުރެވުނު އަގަށްވުރެ ބޮޑުކޮށް، މުދާ ވިއްކާނަމަ އެ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ. މިގޮތުން، އަގު ކޮންޓްރޯލްކޮށްފައިވާ މުދަލެއް، އަގުބޮޑުކޮށް ވިއްކައިފިކަމަށްފާހަގަކުރެވޭ ފުރަތަމަ ފަހަރު، އެ ފަރާތެއް 100,000 ރުފިޔާއިން ތަކުރާރުކުރާ ކޮންމެ ފަހަރަކު 100,000 ރުފިޔާއިން ޖޫރިމަނާކޮށް، އަދި ހަ މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަށް ވިޔަފާރިކުރާ ތަން ބަންދުކުރުމަށް އެންގޭނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ. އަގު ބޮޑުކޮށް މުދާ ވިއްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ޝަކުވާ ހުށަހަޅާނީ consumer@trade.gov.mv އަށެވެ. ރާއްޖެގައި ވިއްކާ ހަނޑޫ، ހަކުރު އަދި ފުށަކީ އަގު ކޮންޓްރޯލުކޮށްފައިވާ މުދަލެވެ. މީގެ އިތުރުން މިހާރު ބާޒާރުގައި ވިއްކާ ފިޔާ، އަލުވި، ރީނދޫ މުގު އަދި ބިހުގެ އަގު އުފުލެމުން ދަނިކޮށް އިކޮނޮމިކް މިނިސްޓްރީ އިން ވަނީ މި ތަކެތީގެ އަގު ކޮންޓްރޯލު ކޮށްފައެވެ. މީހުން ދިރިއުޅޭ ރަށެއްގައި ފިޔާ އަދި އަލުވި ކިލޯއެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 20 ރުފިޔާ އެވެ. ރީނދޫ މުގު ކިލޯއެއް އެންމެ ބޮޑުކޮށް ވިއްކޭނީ 45 ރުފިޔާ އަށެވެ. އަދި ބިހެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 1.80 ރުފިޔާ އެވެ.
އަގު ކޮންޓްރޯލު ކޮށްފައިވާ މުދާ އަގުބޮޑުކޮށް ވިއްކާނަމަ ރިޕޯޓުކުރޭ!
" فَإِنَّ مَعَ الْعُسْرِ يُسْرًا ޝުއަލީ ވިތް ޑިފިކަލްޓީ ކަމްސް އީޒް..." "ފާޑުފާޑަށް އިންޒާރުދޭނެ ކަމެއްނެތް. މެރީކުރަންޏާ ކުރޭ. ދެމީހުންނަށް އުދަގޫވާނީ ހަމައެއްވަރަށް.." އާލިޔާ ނުރުހުމާއެކު ބުނެލިއެވެ. "ކާކު؟ " މިންކާ އެހިއެވެ. އާލިޔާ ފޯނު ކަނޑާލުމަށްފަހު މިންކާއަށް ނަޒަރު ހުއްޓާލިއިރު އެ ވާހަކަ އިތުރަށް ސިއްރުކުރުމުގެ މާނައެއް ނެތްކަން އެނގުނެވެ. އަރްސަންގެ ކައިވެނީގެ ހުށަހެޅުމެއް ލިބިފައިވާ ކަމަށާ އެ ޚިޔާލުން ސިކުނޑި ހަލަބޮލިވެފައިވާ މިންވަރު އާލިޔާ ކިޔާދިނެވެ. މިންކާގެ ހިތް ހުއްޓުނު ވަގުތުކޮޅަކަށްވިޔަސް ހިތުގެ ޝުއޫރުތައް އޮއްބާލުމުގައި ކާމިޔާބުކޮށްފިއެވެ. ހިތުގައި އުފެދިގަތް ހަސަދަވެރިކަމަށްވެސް ފައިން އެރިއެވެ. ނަމަވެސް އަދާގެ ކަންފަތާއި ހަމަޔަށް އެޚަބަރު ފޯރަން ހިނދުކޮޅެއްވެސް ނުނެގިއެވެ. އަދާއަށްވެސް ލިބުނީ ޝޮކެކެވެ. ވަގުތުން ދުވެފައި އައިގޮތަށް އާލިޔާގެ ދެއަތުގައި ހިފެހެއްޓުނެވެ. "އާލިޔާ ނޫނެކޭ ބުނޭ." "އަދާ. އަހަންނަށް މަޖުބޫރު..." އާލިޔާބުނެލިއެވެ. "ކޮންކަމަކާ.." "މަޖުބޫރުވީ އޭ މިބުނީ މިފަދަ ކޮންމެ ކަމެއް ކުރަން އޮންނަ އުސޫލުގައި މިހިފަނީ. މާތްﷲއަށް ތަވައްކަލުކޮށް އިސްތިޚާރާކުރުމާއި ސާލިހު ފިރިއަކަށް އެދި ދުޢާކުރުން. އިސްތިޚާރާ ޕޮޒިޓިވް ވެއްޖެއްޔާ އެކަމުގައި ހިކުމަތެއްވާނެ. ކޮންމެފަދަގޮތަކަށް އުޅޭ މީހެއް ނަމަވެސް އިސްލާހުވެ ސާލިހު މީހަކަށް ވެވިދާނެ. އަރްސަންއަށް ނޫނެކޭ ނުބުނެ ވަރަށް އިސްތިޚާރާކޮށްފިން. އަދި އެއާއެކު އެހެން މަޖުބޫރީއެއްވެސް އެބަވޭ..." އާލިޔާ އެ ވާހަކަ ހާމައެއް ނުކުރިއެވެ. "އޭނަ އެތީސްޓަކަށް ވެއްޖެއްޔާ....." އަދާ އެހިއެވެ. "ތިބުނީ ކީކޭ؟ " އާލިޔާ ކަންބޮޑުވިއެވެ. "މިބުނީ އަހަރެންވެސް އަރްސަން ދެކެ ވަރަށް ލޯބިވީމޭ. ކައިވެނި ކުރި ވަގުތުކޮޅު ނޫނެކޭ ބުނެފައި ދާން ޖެހުނު ސަބަބު މިހުރިހާ ދުވަހު ސިކުނޑީގެ އެންމެ އަނދިރި ކަނުގައި ފޮރުވާފައި ބޭއްވީ. ނަމަވެސް މިހާރު އާލިޔާއަށް ފައުޅުކުރަން އެބަޖެހޭ. ސަބަބަކީ އެތީސްޓަކާއި މުސްލިމަކަށް ކައިވެނި ކުރެވޭނެތަ؟ އަދި އަހަރެން އެ ކައިވެންޏާ އިންކާރުކުރިއިރު އަހަންނަކީ ދީނަށް އުޅުނު މީހެއްނޫން. ހިދާޔަތުގެ އަލިކަމުގެ ތެރެއަށް ކިރިޔާ އޭރު ލޯ ހުޅުވުނީ. އާ ދުނިޔެއަކަށް އުފަންވިފަދައިން. އާލިޔާ. ގަބޫލުނުކުރެވެންޏާ އަރްސަން ދައްކާފައި ހުރި ވާހަކަތައް އަދިވެސް ފޯނުގައި އެބަހުރި...ސްކްރީންޝޮޓްތައް. އަރްސަންއަކީ ދީނަކަށް އުޅެން ކީއްކުރަން އިލާހަކު ވާކަމަށް ގަބޫލުކުރާ މީހެއްނޫން....." އަދާގެ ވާހަކަތައް އަހަން ހުރި އާލިޔާގެ ގައިން ހީބިހި ނަގާލައިފިއެވެ. އަަޔާޒްވެސް ހުއްޓިފައި ތިންކުދިން މަޝްވަރާ ކުރަނީ ކޮންކަމަކާ ތޯ ސުވާލުކުރިއެވެ. ހަގީގަތް ކިޔައިދިނީ އާލިޔާއެވެ. މިންކާގެ ހިތަށް ކެތްނުވެގެން ދެއަތް އުނގުޅަމުން ދުރަށް ހިނގައިގެންފިއެވެ. ސިޓިންރޫމްގައި އިން މާމަ ގާތު އިށީދެފައި ބައްދާލަމުން މާމައަށް ހުރިހާ ވާހަކަތަކެއް ކިޔާދޭންފެށިއެވެ. އޭނައަކީވެސް މާމަ ދަރިއެއްކަމަށާއި އޭނައަށް މިހާ ބަދުނަސީބުގޮތްތައް މެދުވެރިވަނީ ކީއްވެހެއްޔޭ ކިޔާ ސުވާލުކުރިއެވެ. މަންމަ ފެނުމުގެ ނަސީބެއްވެސް ނުލިބުނޭ ބުނިއިރު މިންކާގެ ލޮލުން ކަރުނަ އޮހިގެންފިއެވެ. "ދޮންބެ. އޭނަ އަޅުގަނޑު ބްލެކްމެއިލް ކުރީ. އެހެންނޫންނަމަ ވަރަށް ހޭޓްކުރާ މީހެއް. ހަމައެކަނި ދޮންބެމެންނަށްޓަކާ އަޅުގަނޑު މެރީކުރަން އެއްބަސްވީ. ސަބަބަކީ....." އާލިޔާ އެވާހަކަ ދައްކަން ޖެހިލުންވިއެވެ. އަޔާޒް އެތައް ވަަރަކަށް ސުވާލުކުރުމުން ބުނީ އަރްސަން އަތުގައި އަދާގެ "އިންޑީސެންޓް" ފޮޓޯތައް ހުރީ ކަމަށާއި މީޑިއާއަށް ލީކްކޮށްލާނެ ކަމުގައެވެ. އަދާ ލަދުންގޮސް މަރުނުވީ ކިރިޔާއެވެ. އަޔާޒް އޭނައާއިމެދު ދެކޭނެ ގޮތެއްވެސް ނޭގެއެވެ. ނަމަވެސް ހަގީގަތަކީ އަރްސަންގެ އަތުގައި އެފަދަ ބައިވަރެއް ހުންނާނެ ކަމެވެ. "ބްލެކްމެއިލް ކޮށް އާލިޔާގެ ބޮލަށް އެރިގަނެ ކަންތަކަށް މަޖުބޫރުކުރިވިޔަސް އޭނައަކަށް މީޑިއާތަކަށް ލާކަށް ނުކެރޭނެ. ކޮންމެގޮތެއް ވިޔަސް އަރްސަން އެހާ ދަށް ފެންވަރަކަށް ވެއްޓިއެއް ނުގަންނާނެ އާލިޔާ..." އަދާ ޔަގީންކަން ދިނެވެ. "ސޯ ހަމަ މިހާރުން މިހާރަށް ގުޅާފައި އިންކާރު މިކުރަނީ. ފާފަވެރި މުސްލިމަކަށްވި ނަމަވެސް އޭނައަށް ތައުބާވެ އުޅުން ބަދަލުކުރެވުނީސް. ނަމަވެސް އިލާހަކު ވާކަމަށް ގަބޫލު ނުކުރާ މީހާއަކީ އެއްވެސް އަގެއްނެތް ނަފްސެއް. ނުތާހިރު ފުރާނައެއް.................." "އާނ އާލިޔާ އަހަރެމެން މުޅި ދުނިޔެއަށް ބޭޒާރުވިޔަސް ހެޔޮ. އެކަހަލަ އިންސާނަކާ ކޮއްކޮ އިންނާކަށް ނުޖެހޭނެ. ގުޅާފައި ބުނޭ...." އަޔާޒް ބުނެލިއެވެ. *** އާލިޔާ ގުޅާފައި އަރްސަންއަށް ޖަވާބުދިނީ ފުދޭވަރަކަށް ހަރުކަށިގޮތަކަށެވެ. އަރްސަންއާއި އަދާގެ ފޮޓޯތައް މިވަގުތުވެސް ސޯޝަލް މީޑިއާއަށް ލާންވީ ކަމަށާއި އޭނަގެ ފަރުވާލެއް ނެތްކަމުގައެވެ. އެފަދަ ބްލެކްމެއިލް ކުރުންތަކުންވެސް އޭނަ ނަފްރަތު ކުރާ ފޫހި މީހަކާއި އިންނަން އެއްބަސް ނުކުރެވޭނެކަމުގައި ބުނެލިގޮތުން ކެރޭ އަންހެންކުއްޖެއްކަން ސާބިތުކޮށްދިނެވެ. އަރްސަން ފޯނު މުށުތެރޭ ލާ ބާރުކޮށްގެން އެނދުގައި އިށީދެގެން އިންއިރު ދެން ހަދަންވީ ގޮތަކާމެދު ވިސްނާ ފިކުރުކުރިއެވެ. އެންމެފަހުން ނިންމީ މާޒިންގެ އެހީ ހޯދާށެވެ. މާޒިން އާއި މަހުދީ އުޅުނީ ބިލިއާޑް ކުޅެން ކޮޓަރީގައެވެ. އެއްފަރާތުގައި ހުރި މޭޒުމަތީގައި ޕިއްޒާއާއި ކޮފީ ހުއްޓެވެ. "ތަރާވީސް ދަމުވެސް ކުޅުން ނޫންކަމެއް ނެތީތަ؟ ނަމާދަށް ނުދަންތަ؟ " އަރްސަން އެހިއެވެ. "ނަމާދު ނުކުރިޔަސް ފާފަ ފުއްސަވާނެ. އެއީ ރަހުމާންވަންތަ ރަހީމްވަންތަ މާތްﷲ. ތިއްތިއަށް އެނގޭތަ؟" މާޒިން ބުނެލީ ހީލަމުންނެވެ. "އަހަރެންވެސް ތިކަން ގަބޫލުކުރަން. އޯލްމައިޓީ. ހީޒް ދަ މޯސްޓް ޕަވާފުލް. ހޫމް ޒިން. މިއުޅެނީ މާ ބޮޑުކަމެއް ދިމާވެގެން...." އަރްސަން މޭޒުގެ އަރިމަތީގައި އަތް ޖައްސާލައިގެން ހުއްޓުނެވެ. "އަވަހަށް ކޮފީ ތަށްޓެއް ބޯލާ. ވަގުތުން ސްޓްރެސް ފިލާނެ.." މަހުދީ ކޮފީ ޖަގުން އާވިއަރާ ހޫނު ކޮފީއެއް ދިއްކޮށްލިއެވެ. "ޓެލްމީ ދޮންބެ.." މާޒިންވެސް ކުޅުން ހުއްޓާލައިފިއެވެ. "އާލިޔާ ރިޖެކްޓެޑް މައި ޕްރޮޕޯސަލް..." އަރްސަން ހީލިއެވެ. "އޯހް.....ސޯ ވަޓް؟ އެއީ ދެން ކާކުތަ؟ ދެން ވަކި މަގުސަދެއްގައިވެސް ނިގާބީއަކާ ކައިވެނިކުރުން މަށަށް ދެން ވަރަށް ވިއާޑް. ސީރިޔަސްކޮށް ސޭމް. ނޫނީ މާ ރީތިވީމަ އަންހެންކުދިން ބިރުގަންނަނީތަ؟ އެމީހުންނަށްވުރެ ރީތިވީމަ....." މަހުދީގެ ވާހަކައާއި އެއްބައިވުމުގެ ގޮތުން މާޒިންވެސް ހިނިގަނޑެއް ޖަހައިލިއެވެ. "މްމްމް...އެ އާލިޔާ ދޯ....އެއީ ވަރެއްގެ ކުއްޖެއްނު. ތިއްތިއަށް އޭނައަށް ފޯސްކުރަން ނޭގުނީކަމަށް ވާނީ....." "ޒިން. ނޯ އަދާ އޮޕްޝަން. އާލިޔާ އެއްބަހެއްނުވި އެންޑް މާ ކުރިން ޒިންއަށް އާލިޔާ އާއެކޭ ބުނެފައެއްނު އޮތީ ދެޓް މީންސް ޝީ ސިކްރެޓްލީ ލައިކްސް ޔޫ ނޫންތަ..." އަރްސަން ބުނެލިއެވެ. "ތިއްތި، އެކަމަކު......." މާޒިން މީރާގެ ވާހަކަ ބުނަން އުޅެފައި ގާތުގައި މަހުދީ ހުރިކަން ހަދާންވެ ހުއްޓާލައިފިއެވެ. "ސޯ ޒިން މެރީ ހާ އެންޑް ޖަސްޓް ބްރިންގް ހާ ހިއާ. ލީވް ދަ ރެސްޓް ޓު މީ................" އަރްސަންގެ ނަޒަރުން އޭނަ ދޭން ބޭނުންވި މެސެޖް މާޒިންއަށް ނަގައިގަނެވިއްޖެއެވެ. "ޑަން...." މާޒިން އަތާ އަތް ޖެހިއެވެ. "އިޑިއަޓްސް. ދެން ކިހާ ބޮލަށް އުދަގޫ ކަމަކާ ތިއުޅެނީ؟ މެރިޖަކީ ކުޅިވަރެއްތަ؟ މިހެންބުންޏަސް އެބަ ވިސްނޭ. އަސްލު އަންހެންކުދިން ސޭމްއަށް ލަނޑުދިނީމަ އެކަމުގެ ބަދަލު ހިފަން ޔޫ ހޭވް އެވްރީ ރައިޓް. މީތި ބެކްފަޔާ ނުކޮށްފިއްޔާ ރަގަޅު. އެކަމަކު ލޯބިވާ މީހަކާއި އިނިއްޔާ ސޭމްއަށް މާ ފައިދާ ވާނެކަން ނޭގެއެއްނު. ސޭމްދެކެ ލޯބިވާ އަންހެންކުއްޖަކު ހުރިއްޔާ ކައިވެނި ކުރަންވީނު." މަހުދީ ބުނެލިއެވެ. އަރްސަން ވަކިއެއްޗެކޭ ނުބުންޏަސް މަހުދީ އެ މާނަކުރީ މިންކާ ބާ ވައޭ ހިތަށް އެރިއެވެ. މަހުދީއަށް އެނގެނީ ކިހާ ވަރަކަށް ހެއްޔެވެ؟ މާޒިންއަށް އަރްސަން ބުނި އެއްޗެއް އެނގުނެވެ. މާޒިން ވީ ނަމެއްގައި ކަައިވެނި ކުރާށެވެ. އެކަމަކު އާލިޔާވާންޖެހެނީ އަރްސަންގެ ހައްގެކެވެ. މޮޅު ރޭވުމެކެވެ. އާލިޔާ މާ ކިބުރުވެރީއެވެ. ތިމާއަށް ތިމާ ފެންނަން ވެއްޖެއްޔާ މިފަދަ ލަނޑެއް ދިނަސް ބޭއިންސާފެކޭ ނުބުނެވޭނެއެވެ. އަރްސަންގެ ވަކި މަދީކޮންކަމެއް ހެއްޔެވެ؟ އަދާވެސް މަކަރުހެދީއެވެ. އާލިޔާވެސް އަދާއަކާއި ތަފާތެއްނެތެވެ. މާޒިންގެ ވިސްނުން ހުންނަނީ ތަފާތުކޮށެވެ. އޭނަ ޔަގީންކުރަނީ ފާފަކުރިޔަސް ސުވަރުގެ ލައްވަފާނެކަމަށެވެ. ހަގީގަތް ދެނެގަންނާކަށް އޭނައަކަށްވެސް މަަސައްކަތެއް ނުކުރެވެއެވެ. އޭނަ މަތިމަތިން ގުރުއާން ކިޔެވިއިރު ރަހުމަތުގެ އާޔަތްތައް ގިނައިން ފެނެއެވެ. އެއަށްވުރެ އިތުރަށް ދަސްކޮށް ދީން އުގެނޭކަށް ބޭނުމެއްނުވެއެވެ. މިވީގޮތުން އަނެއްކާ އާލިޔާ ކާމިޔާބު ކުރަން އިތުރު ހިތްވަރެއްލާ މިސްކިތަށް ގިނައިން ވަންނަންވީއެވެ. ތިއްތިބެއަށްޓަކާ މި އަންހެންކުދިންނާ ހަގުރާމަކުރަން އެބަޖެހެއެވެ. މިއީ ކުރަން ފަސޭހަކަމެއްވެސް ނޫނެވެ. ނަމަވެސް ނުކޮށްވާކަށް ނެތެވެ. އަރްސަންގެ ހިތާމަތައް ދެކެން ކުޅަދާނައެއް ނޫނެވެ. ތިންމީހުންވެސް ހަރުކަށިފިކުރު ހުއްޓުވަން ކުރަންވީ ކަމަކާ ބެހޭގޮތުން ވާހަކަދެއްކިއެވެ. *** މިންކާ ވިސްނަމުން ދިޔައީ އާލިޔާގެ ކާމިޔާބުގެ ސިއްރެވެ. ނިގާބީއަކަށްވެ ދުނިޔެއަށް އެކުއްޖާ ފަރުދާވެފައިވާއިރު ފިރިހެނުން އެހާވަރުން ހިތާވެ އިންނަން އަހަނީ ކީއްވެހެއްޔެވެ؟ ރައީސުންގެ ދަރިންނެވެ. އަންހެންކުދިން އެންމެ ހިތްއެދޭފަދަ ބައިވެރިންނެވެ. ދީންދެކެ ލޯބިވެ ސުންނަތަށް އުޅުމުން ކާމިޔާބުވީހެއްޔެވެ؟ އޭނަ އަރްސަންގެ ހިތާއި ހަމަޔަށް ފޯރަން އާލިޔާފަދަ މީހަކަށް ވާންވީ ކަން ނޭގެއެވެ. އަރްސަން ކާމިޔާބުވެއްޖެއްޔާ އޭނައަށް ދުނިޔެ މިލްކުވީއެވެ. ދުނިޔެއިން އެނޫން އުފަލެއްނެތެވެ. ސުންނަތުގައިވެސް ވީ ވަރަކުން ހިފަންވީއެވެ. ފުޅިން ކަރުތެރެއަށް ފެން އޮއްސާލަން އުޅެފައިވެސް ހަދާންވީ އާލިޔާ ބުނެދިން ވާހަކަތަކެވެ. ސުންނަތުގައިވާ ގޮތަށް އިށީދެ ކަނައަތުން ފެންތަށީގައި ހިފަމުން ބިސްމި ކިއެވެ. ފެންތަށްޓައް ބެލިއެވެ. ތިން ނޭވައިން ފެންތަށި ބޯލުމަށްފަހު އަލްހަމްދުކިއެވެ. ލޯގަނޑުކުރިމަތީގައި ހުއްޓި އަމިއްލަ ސޫރައަށް ބަލަމުން ދުޢާކުރިއެވެ. ފާޚާނާއަށްވަދެ ފެން މާގަނޑަށް ދޫކޮށްގެން ހުރެވެސް ވިސްނިއެވެ. އޭނަ މިހެން ފެން އިސްރާފުކުރާއިރު ފެންފޮދެއް ނުލިބި ހަނަފަސްތަންތާ ތިބޭ ނިކަމެތި އިންސާނުން މަތިން ހަދާންކުރިއެވެ. އެމީހުންނަށް ރަހުމަތް ލެއްވުމަށް ދުޢާކުރެވުނެވެ. ނިއުމަތް ދެއްވާފައިވާ ވަރު ވިސްނެނީ އެފަދަ ނިކަމެތިންނާއި ތިމާ އަޅާކިޔުމުންނެވެ. އޭނަ ހެއްދެވި ފަރާތަށް ހަމްދުކުރިއެވެ. ދެން އޮތީ އާލިޔާގެ މައްސަލައެވެ. އާލިޔާދެކެ ރުޅި އަންނައިރު ލޯބިވެސް އެބަވެއެވެ. އޭނަ އުޅޭގޮތަށް އުޅެންވެސް ބޭނުމެވެ. ޔަގީނުންވެސް ތެދުމަގު ފެނުނުކަމުގެ ޝުކުރު އާލިޔާއަށެވެ. ހަގީގަތް ގަބޫލުކުރަން ފަސްޖެހުނަސް އެއީ އަމިއްލަ ކޮއްކޮއެކެވެ. *** އަޔާޒު ވަޒީފާއިން ސަސްޕެންޑްކުރުމުން އޭނަ ހުރީ އެވާހަކަ ސިއްރުކޮށްގެންނެވެ. އޭނަގެ ކުށެއްނެތި މިހާ ބޮޑު ފިޔަވަޅެއް އެޅުމުގެ އެންމެ އަޑީގައި ހުންނާނީ ކާކުބާވައޭ ހިތަށް އެރިއެވެ. ޖިބްރީލް ފަހަރެއްގައިވެސް ނުފޫޒުގެ ބޭނުންކޮށްފާނެ ކަމެއް ނޭގެއެވެ. އޭނަ ޑޮކްޓަރުންގެ އިސްވެރިޔާގެ މަގާމުން އިސްތިއުފާދިނީ އިހަށް ދުވަހުއެވެ. އަޔާޒްއަށް އެ މަގާމުދޭން ޖިބްރީލް އޮތީ އޭނަގެ ނަން ހުށަހަޅާފައެވެ. ނަމަވެސް އެންމެ ފަހު ވަގުތު ހުރިހާކަމެއް އެކޮޅުކޮޅުން ޖެހީއެވެ. އޭނަގެ އިހުމާލު އޮތްކަމަށް ނިންމާ ބަލިމީހަކު ނިޔާވުން އޭނަގެ ބޮލުގައި އެޅުވިއެވެ. ސްކައި ހޮސްޕިޓަލުން އޭނައަށް ޖަވާބުދާރީވާން އެންގުމުން އޭނަ އެކަން ހިގިގޮތް ލިޔުނެވެ. ނަމަވެސް ތަހުގީގުކޮށް ނިމުނުއިރު ސްޕެޝަލިސްޓްގެ ކުށެއްނެތެވެ. ކުށްވެރިވީ އޭނައެވެ. ފައިސާނެތި އާއިލާ ބަލަހައްޓާނެގޮތެއް ނޭގުނަސް ކޮންމެވެސް މަސައްކަތެއް ކޮށްލެވިދާނެ ނޫންހެއްޔެވެ؟ އޭނަ ހެއްދެވި ފަރާތަށް ދުޢާކޮށް ވަކީލުކުރިއެވެ. އަދާއާއި އާލިޔާ މިއަދު ބަހާލައިގެން ކާ އެއްޗެހި ހަދަން ނިންމިއެވެ. އަދާއަށް ޖެހުނީ ޖޫހާއި ޕޭންކޭކްސް ހަދާށެވެ. އޭނަ މަސައްކަތް ފަށާއިރަށް އަޔާޒް އައެވެ. އަދާ ބިސްތައް ތަޅަންވެސް އެހާ ނުފަރިތައެވެ. ފުށްފުރޭނުމަކީވެސް ވޭނެކެވެ. އަޔާޒް ހުރުމުން ވަކިން ލަދުގަތެވެ. "އައިމް ނިއު ޓު ދިސް..." "އަހަންނަށް އެނގޭ. އެހެންވެ ހެލްޕްވާން އައީ. ކަރާ ކޮށާލަދޭނަން. އާލިޔާވެސް އެންމެ ވަގުތު ނަގާނީ އެއްޗެހި ކޮށަންވީމަ........." އަޔާޒު ހިނިތުންވެލިއެވެ. "ތެންކިއު..." އަދާގެ ހިތް ތެޅިލިއެވެ. ހާދަ ރަގަޅޭ ހިތަށް އެރިއެވެ. ހުރިހާ ފިރިން މިހެނެއް ނުވާނެއެވެ. "އެވަރުކަމެއް ނޫނެއްނު." "ފައިވް ޑޭސް އަށް ޗުއްޓީ ނަގާފައި މިއަދުވެސް ގޭގައި. ލީވް އެކްސްޓެންޑްކުރީ؟ " އަދާ އެހިއެވެ. "މްމް. ސަމްތިން ލައިކް ދެޓް.." އަޔާޒްގެ ހިނިތުންވުން ފިލިއެވެ. އިރުކޮޅެއް ނުވެ އާލިޔާ ދޮރުން ބޯ ދިއްކޮށްލިއެވެ. މިންކާ އައުމުން އޭނަ އައީ މިންކާ މާމަގާތު ބަހައްޓާފައެވެ. މިންކާ މާމައާއި ހެދި އުޅޭވަރުން އޭނަވެސް ހައިރާންވެއެވެ. އަމިއްލަ މާމައެއް ނެތުމުން އެހެން އުޅެނީކަމަށް ވެދާނެއެވެ. މިގޭތެރެއިން ފެންނަނީ އުފާވެރި ހިތްހަމަޖެހޭ މަންޒަރުތަކެވެ. އަޔާޒްއާއި އަދާވެސް އެހާ ގުޅިގެންނެވެ. މިހެން ވެދާނެކަމަކަށް އާލިޔާ ހީނުކުރެއެވެ. ނަމަވެސް އޭނަގެ ދޮންބެވެސް ވާޖިބު އަދާކުރަން އެބަ މަސައްކަތްކުރޭތާއެވެ. އެންމެފަހުން ދޮންބެއަށްވެސް ކައިވެނީގެ ބާއްޖަވެރި ދުވަސްތަކެއް މިންވަރުކުރެއްވީއެވެ. ހުރިހާ ހަމްދެއް މާތްﷲއަށެވެ. އާލިޔާ ކުއްލިއަކަށް ސިހޭގޮތްވީ މާޒިންގެ ވައިބާ މެސެޖްފެނިފައެވެ. އޭނަގެ ޚިޔާލު ބަދަލުވެއްޖެކަމަށާއި އާލިޔާއާއި އިންނަން ބޭނުންވާކަމަށް ބުނެފައި އޮތެވެ. "އަހަންނަކީ ކުޅެން ބުދެއްތަ؟ ފަހަރަކު މީހަކު އިންނަން އަހާފައި. ސޮރީ މާޒިން. ދެނެއް އެއްބަސްވެވޭކަށް ނެތް. ދޮންބެވެސް ހުއްދައެއް ނުދެއްވާނެ. މިހާރު ތި ޚިޔާލު ދޫކޮށްފިން." އާލިޔާ ނުރުހުންވިވަރުން ފޯނުވެސް ނިވާލައިފިއެވެ. އެކަމަކު އޭނައަށް އެ ޚަބަރު މިންކާ ގާތު ނުބުނެ ނުހުރެވުނެވެ. މިންކާއާއި ކޮންމެ ކޮންމެ ވާހަކައެއް ދައްކާލެވޭހާ ގާތްވެއްޖެއެވެ. "މަ ބުނެފާނަން ވާހަކައެއް. އަރްސަންއަކީ ނިކަން ފާޑެއްގެ މީހެއް. އެނގޭތީ މިބުނަނީ. އޭނަ ރިޖެކްޓްކުރީތީ ރިވެންޖް ނަގާނެކަން ޔަގީން. އާލިޔާ ސަލާމަތްވާނީ ހަމަ އެންމެ ގޮތަކުން. މާޒިންއާއި މެރީކުރޭ. ފަހަރިއަށް ވީމަ ފާޑުފާޑަށް އުޅޭކަށް ނުކެރޭނެ. ކޮންމެ ގޮތެއްވިޔަސް އެ ބްރަދާސްއިން ވަރަށް ލޯބިން އުޅޭނީ. އެކަކު އަނެކަކަށް ވަރަށް ރެސްޕެކްޓްކުރުމާއި ލޯބި އޮވޭ. އެމީހުން އެކަންޏެއް ނޫން. މުޅި އެ އާއިލާ ވަރަށް ލަވިން. އެގޭ މާމައާއި ކާފަވެސް ވަރަށް ހެޔޮ. އެހާ މުއްސަދި މާތް ޚާންދާނަކަށްވީއިރު ބޮޑާކަމެއް ނުހުރޭ. ސޯ ތި ޗާންސް ނަގާނުލާ. ޕްލީޒް އާލިޔާ." މިންކާ އެހާ އާދޭސްކުރީ އަމިއްލަ މަސްލަހަތުވެސް ހިމާޔަތްކުރުވާށެވެ. "ޒިން ތަފާތުވާނެ. ހިޒް ކެރެކްޓާ އިޒް ސޯ ބިއުޓިފުލް. އަރްސަންހެން ސީރިޔަސް އެއްވެސް ނޫން. އަހަރެންގެ ޅިޔަނަކަށްވާން އުޅުނު ކުއްޖެއް. އަނެއްކާވެސް........" މިންކާގެ ދުލުން އޮޅިގެން ސިއްރު ފައުޅުނުކުރެވުނީ ކިރިޔާއެވެ. ވިސްނައިލުމުން އޭނައާއި މީރާ އަދި އާލިޔާއަށްވެސް މިއުޅެވުނީ ހަމަ އެއްބަނޑު އެއްބަފާ ދެފިރިހެނުންނާ ހެދިކަން ވިސްނުނެވެ. އަޖައިބެއް ނޫން ހެއްޔެވެ؟ ތިން އަންހެންކުދިންވެސް ހިތް ކިޔަނީ އެއް ބަޔަކަށެވެ. މީރާ ނެތުމުން އާލިޔާއަށް މާޒިން ލިބި އޭނައަށް އަރްސަން ލިބުމުން ތަސްވީރު ފުރިހަމަވެދާނެއެވެ. އެނޫނިއްޔާ މި އާއިލާއަށް ދުވަހަކު ހަމަޖެހުމެއް ނުލިބޭނެއެވެ. އެއަށްވުރެ އޭނަ މިވަނީ އަރްސަންއަށް މޮޔަވެފައެވެ. އާލިޔާގެ ހިތަށްވެސް އެބަސްތަކުން ޖާދޫއެއްފަދަ އަސަރެއްކޮށްފިއެވެ. އޭނަގެ ހިތުގެ ކަނެއްގައި މާޒިންއަށްޓަކާ ކޮންމެވެސް ވަރެއްގެ އިހުސާސްތަކެއް ވެއެވެ. މިންކާގެ ވާހަކައިން އެ އިހުސާސްތައް ހޭލައިގަތެވެ. މިންކާ އެބުނާހެން އަރްސަން ދެވަނަފަހަރަށްވެސް އުދަގޫކުރަން އައިސްދާނެ ހެއްޔެވެ؟ އެހާ ލޯބިން އުޅޭ އަޚުންނަކަށް ފަހަރިންނާއި ހިތާވާން ނުކެރޭނެއެވެ. އަދި އުޅެވުނަސް ސިއްރު ކުރާނެތާއެވެ. އެންމެ ރަގަޅެވެ. އިސްތިޚާރާކުރާނީއެވެ. އޭނަ ދޮންބެގެ ލަފާވެސް ހޯދާނެއެވެ. މާޒިން ދޫނުކޮށް ވައިބާކުރަން ފެށުމުން އާލިޔާ އެންމެ ފަހުން ޖަވާބުދިނެވެ. "ޝަރުތެއްގެ މަތިން...." "ކޮންކަމެއް ހާސް ޝަރުތާއި ގަބޫލު.." މާޒިން ޓައިޕްކުރިއެވެ. "އަރްސަން ފެންނަ ހިސާބުގައި ނޫޅެވޭނެ. މެރީ ކޮށްގެން މިގޭގައި އުޅޭނީ. ސްކައިޕެލެސްއަކަށް ނުދެވޭނެ..." އާލިޔާ ލިޔުނެވެ. "ހުވާކޮށްފައި މިބުނަނީ ތިގޭގައި އަހަރެމެން ދިރިއުޅޭނީ...އާލިޔާ ބުނި ކޮންމެ ކަމެއް ކުރާނެކަމުގެ ޔަގީންކަން މިދިނީ..." މާޒިންގެ ޖަވާބުން އާލިޔާއަށް ހިނިތުންވެފައިވާ އިމޯއެއް ފޮނުވުނެވެ. "ތީގެ މާނައަކީ އާއެކޭތަ؟" މާޒިން ހިނިއައެވެ. އަރްސަންއާއި މާޒިން ދެމީހުންގެ ބޯ ޖެހޭހާ ކައިރީ ހީހީ ތިބިއިރު މާޒިންގެ ފޯނު އޮތީ އަރްސަން އަތުގައެވެ. "މި އަންހެންކުދިން މޮޔަހައްދާލަން ހާދަ ފަސޭހައޭ ދޯ." އަރްސަން މާޒިން އަށް ބަލާލަމުން އެއް ބުމަ އެރުވިއެވެ. "މިބުނީ އަދި އާއެކޭއެއް ނޫން. އާއެކޭ ބުނުމަކީ ތިހީކުރާހާ ފަސޭހަކަމެއް ނޫން..." އާލިޔާގެ މެސެޖް އައެވެ. އަރްސަން ފޯނު ދިއްކޮށްލުމުން މާޒިން މޭޒުމަތީ ފޯނު ބޭއްވިއެވެ. ސޯފާގައި ހަށިގަނޑު ދަމައިލީ އަރްސަންގެ އުނގުގައި ބޯ އަޅާލައިގެންނެވެ. އަދި ބަނޑުމަތީގައި އޮތް ކުޝަން މަތީ ލުއިކޮށް އަތް ބާއްވާލަމުން އަރާމުވެލިއެވެ. "ތިއްތިއަށް އެނގޭތަ؟ މަންމަމެންނަށް އަދި ފަޚުރުވެރިވެވެނީ އެކަނި ދޮންބެއާއިމެދުގައި. ޖިބްރީލް ސުޕަސްޕެޝަލިސްޓަކަށް ވެގެން އަންނާނެ ދުވަހަކީ މަންމަގެ ހަޔާތުގައި އަންނާނެ އެންމެ އުފާވެރި އެއް ދުވަހޭވެސް ބުނި. މީޑިއާތަކުގައިވެސް ރައީސްގެ ދަރިން މަސައްކަތެއްނުކުރާ ވާހަކައާއި އުޅުމެއް ނެތް ވާހަކަތައް އެހުންނަނީ. އެކަމަކު ރާހިލްވެސް ޗޭންޖެވެއްޖެ. ކައިސް ބުނާގޮތުން ރާހިލް އިސްލާމިކް ރިޒޯޓެއް ހެދުމުގެ މަސައްކަތް ގާތްގަނޑަކަށް ނިންމާފައި ހުޅުވަން އެއުޅެނީ. ދެން ހުރި ތިއްތި. އަދި ބަޔަކަށް ނޭގުނަސް ޔަންގް ބިލިއަނަރެއް. ބޮޑުކުންފުންޏެއްގެ ސީއީއޯ. ދެން ހުރީ ޕުއާ މީ. ސްކައިހޮސްޕިޓަލުގެ ޑިރެކްޓަރުކަމަށް ކުރިމަތިލުމުން އެ މަގާމު ލިބިއްޖެ. އުމުރުން އަދި ކިތަންމެ ހަގުވިޔަސް މިހާރު ދޮންބެ ބުނާފަދައިން ހަރުދަނާވެގެން މައިންބަފައިން ފަޚުރުވެރިކޮށްދޭން އެބަޖެހޭ. ދެން އޮތީ ލޯބީގެ ޗެޕްޓާ. ކޮންމެ އިންސާނެއްގެ ދިރިއުޅުމުގައި އެންމެ އުފާވެރި ކުލަތައް ޖައްސައިދޭނެ ފީލިންއަކީ ލޯބި. އެންމެންވެސް ލޯބި ބޭނުންވާނެ. މީރާ ފިޔަވާ އެހެން އެއްވެސް އަންހެންކުއްޖެއްދެކެ ދުވަހެއްގެ ކޮޅުންވެސް ލޯތްބެއް ނުވެވޭނެ. އަދި އެހެން ނިޔަތެއްގައި މި ކުރާ ކައިވެނިން އެންމެނަށް އުދަގޫތައް އުފުލަން ޖެހިދާނެ. އެކަމަކު އައިމް ޑުއިން ދިސް ހޯލް ކްރޭޒީ ތިންގް ފޯ ޔޫ. އާލިޔާއަށް ދެރަގޮތެއް ވާކަށް ނޭދެން. ޕްލީޒް ޑޯންޓް ހާޓް ހާ. އެއީ ހަމައެކަނި ރިކުއެސްޓަކީ........." މާޒިން އެއްލޯ ހުޅުވައިލިއެވެ. " ހިތަށް އެރި އެއްޗެއް ބުނަން؟ މިހެން އުޅެމުން އަދި ޔޫ ވިލް ފޯލް އިން ލަވް ވިތް ހާ އޭ....." އަރްސަން މޯޅިއަކަށް ދެމިލިއެވެ. "އާލިޔާގެ ބޭނުމެއް އަނެއްހެން އޮތީއެއް ނޫން. ހަމައެކަނި ބޭނުމަކީ އޭނަގެ ތުނބުޅިލީ ޑޮޓް ބޭބެއާއި އަދާއަށް އަހަރެންގެ ފަރާތުން ސަލާމަތް ވިޔަ ނުދިނުން...." "މީންސް ރިވެންޖް. އަދާދެކެ ތެދުވެރި ލޯތްބެއްވީނަމަ ބަދަލުހިފާނެތަ؟ " މާޒިންއަށް ޝައްކުވިއެވެ. "އައި ޑޯނޯ" "މޭބީ ޔޯ އިގޯ އެންޑް ޕްރައިޑް އިޒް ހާޓް...އެހެންވެ ބަދަލުހިފުމުގެ ރޫހު ހިތުގައި އުފެދިގަތީ. އެނީވޭސް އައިމް ވިތް ޔޫ. އަދާގެ ދިރިއުޅުމުން ދުވަހަކު ދުރަށްނުގޮސް ކުރިމަތީ ހުރެވޭނެގޮތަކީ އާލިޔާގެ ހިތް ކާމިޔާބުކުރުން. މެރިޖަށް ފަހަށް އާލިޔާ ތިއްތިއަށް ފޯލްކުރަން ހަމަ ވެވުނުހާ މަސައްކަތެއްކުރާނަން. އޭރުން ހިޔަންޏެއްހެން އަބަދު އަދާ ގާތު ހުރެވޭނެ...." މާޒިން ވައުދުވިއެވެ." އަނެއްކާ އަޅުގަނޑު މިޖެހުނީ އޭނަގެ ހިތް އަތުލަން މަސައްކަތްކުރަން. ކުރީ ފަހަރު ވަރަށް ވަރުން އާއެކޭ ބުނީ..." ދެބެން އާލިޔާގެ ދިރިއުޅުމަށް ތޫފާނެއް ގެންނަން ރޭވުންތައް ރާވަމުން ދިޔައެވެ. *** އާލިޔާ ތަރާވީހަށްފަހު އަވަހަށް ނިދާފައި ދޭއްޖަހަން އުޅެނިކޮށް ހޭލައިގެން އަޅުކަމުގައި އޭނަ ނަމާދަށް ޚާއްސަކޮށްފައިވާ ކޮޓަރީގެ "ޕްރޭޔާ ކޯނާ"ގައި އިނެވެ. މުސައްލާމަތީގައި ގުރުއާން ކިޔަވާ ތަހަައްޖަދު ނަމާދުކޮށް ދުޢާކުރަން އިންއިރު މާޒިންމަތިން ހަދާންވެ އޭނަގެ ހިތަށް ސާބިތުކަން ދެއްވުމަށް އެދުނެވެ. ހަލާލުލޯތްބެއް ނޫން ގޮތެއް އޭނަގެ ދިރިއުޅުމަށް ގެންނާކަށް ބޭނުމެއްނޫނެވެ. ކައިވެނީގައި ބަރަކާތްލައްވާ އުފާވެރި ދިރިއުޅުމެއްލިބި ސާލިހު ދަރިންތަކެއް ލިބޭނީވެސް ހަލާލު ލޯބިން ކައިވެނީގެ ދިރިއުޅުން ފެށީމައެވެ. ހާރުކާންވެގެން އޭނަ ކާކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. ކާކޮޓަރިއާއި ދިމާލުން ވާހަކަދައްކާ އަޑުއިވިފައި ހިތަށް ފިނިކަމެއް ލިބުނެވެ. އަދާ އައިފަހުން އޭނަގެ ޒިންމާ ކޮންމެވެސް ވަރަކަށް ކުޑަވެއްޖެއެވެ. އެހެންނޫނަސް ދޮންބެގެ އެހީތެރިކަން ބޮޑުކަމުން ކުރާ ކޮންމެ މަސައްކަތެއްގެ އެއްކޮޅުގައި އޭނަ ހިފައެވެ. އާލިޔާ ސަލާމް ގޮވާލާފައި ވަނެވެ. މޭޒުމަތީގައި ހުރީ ކާން ހަދާފައެވެ. "އައި ހޭޑް އެ ބޭޑް ޑްރީމް...." އަދާ އާލިޔާގެ ގައިގާ ކުޑަކޮށް ބައްދަައިލިއެވެ."ހޭލެވުނީ ހަޅޭއްލަވައިގެންފާ އެންޑް ހިއާ ޔޫ އާ. ސަލާމަތުން ހުއްޓާ ފެނުނީމަ ވަރަށް އުފާވެއްޖެ. އަޔާ ބުންޏޭ ގޯސް ހުވަފެނެއް ފެނުނީމަ ހަދަންވާ ގޮތް. އަަވަހަށް އިށީދޭ ކާން. އާލިޔާއަށް ޕޭންކޭކް މީރުވާހަކަ ބުނީމަ މިހިރީ ބަހައްޓާފައި........." އަދާ މޭޕްލް ސިރަޕްފުޅި ގާތްކޮށްލަދިނެވެ. "ކޮންފަދަ ރަގަޅު ފަހަރިއެއް މާޝާﷲ. އެކަމަކު މިވަރަށް ޕެމްޕާ ކުރަންޏާ ދުވަސްކޮޅަކުން އަޅުގަނޑު ކަންނެތްވެދާނެ. ދޯ ދޮންބެ އެކަމަކު ދެން ވާ އުފާ ބަޔާންކޮށްދޭކަށެއްވެސް ނޭގޭ." އާލިޔާ ޕޭންކޭކަށް ސިރަޕްއަޅަން ފެށިއެވެ. "އެފަހުން އެމީހުން ނުގުޅާތަ؟ " އަދާ އެހިއެވެ. "މާޒިން ގުޅި..." އާލިޔާއަށް ދޮގުހަދާކަށް ނުކެރުނެވެ. "އޭނައާއި މެރީކުރިއްޔާ ރަގަޅު. އެކަމަކު އަރްސަންއަކާ ނޫން.." އަރްސަންމެންގެ ރޭވުމުގެ ހިލަމެއްނުވާ އަދާއަށް އެކަން ބޮޑުކަމަކަށް ނުވިއެވެ. "އެކަމަކު....ދޮންބެ ބުނީމެއްނު ވަލީދޭން ޖެހެނީ ބައްޕައޭ. ދޮންބެއަށް އެނގޭތަ؟ މިންކާގެ ބައްޕަައަކީވެސް މަންސޫރުއެއް........................." އާލިޔާގެ ޖުމްލައިން އަޔާޒުގެ ސަމާލުކަން ހުއްޓުނެވެ. ވަގުތުން ހިތަށް އެރީ މިންކާގެ ބުޅި އިސްތަށިގަނޑެވެ. އޭނަގެ ދައްތަ ހިރާގެވެސް އޮންނަނީ ހަމަ އެގޮތަށް ބުޅި އިސްތަށިގަނޑެކެވެ. އަޔާޒު ކުޑަކޮށް ކޮށި އަރާގޮތްވިއެވެ. ދެތިންފަހަރު ކެއްސާލާމުން ނޭވާ ހަމަޔަކަށް އެޅުނެވެ. ނުނިމޭ
ނިރުބަވެރިޔާ 24
މިއީ ރޯދަމަހު ކެއުންބުއިމުގެ ކަންކަން ބައްޓަންކުރާނެ ގޮތާ ބެހޭގޮތުން އާންމުކޮށް ކުރެވޭ ސުވާލުތަކަށް ޓްރީޓޮޕް ހޮސްޕިޓަލުގެ ކްލިނިކަލް ނިއުޓްރިޝަނިސްޓު ހެމާޝްރީ ނަރަޔަނަން ދެއްވާފައިވާ ޖަވާބުތަކެއްގެ ދިވެހި ތަރުޖަމާއެވެ. މި ޖަވާބުތައް "ސަން"ގައި ޝާއިއުކުރާނީ ހަތަރު ލިޔުމެއްގެ މައްޗަށް އެކުލެވޭ ސިލްސިލާއެއްގެ ގޮތުގައެވެ. 1. ރޯދަ ހިފުމުން ސިއްހަތަށް ކުރާ ފައިދާތަކަކީ ކޮބާ؟ ރޯދަމަހު ރޯދަ ހިފުމުން އެކި މީހުންނަށް ސިއްހީ ގޮތުން ކުރާ ފައިދާ ތަފާތުވާނެ. މި ކަންކަން ބަރޯސާވަނީ ރޯދައިގެ ދިގުމިނާއި، ރޯދަމަސް ދިމާވަނީ އަހަރުގެ ކޮން ދުވަސްވަރަކަށްތޯއާއި، ރޯދަ ހިފާއިރު ހުންނަ ގައުމު ނޫނީ ސަރަހައްދަށާއި އަދި ރޯދަ ހިފާއިރު ހުރެވޭ ގައުމު ނުވަތަ ސަރަހައްދުގެ މޫސުމަށް. ދިރާސާތަކުން ދައްކާ ގޮތުގައި އޯވާވެއިޓް ނުވަތަ އޮބީޒްކޮށް ހުންނަ މީހުންގެ ކިބައިން ރޯދަމަހު ބަރުދަން ލުއިވެ، ބޮޑީފެޓް (ސަރުބީ)ވެސް މަދުވޭ. އެކަމަކު ބައެއް ފަހަރު ރޯދަމަސް ނިމުމުން ގެއްލުނު ބަރުދަން އަނެއްކާވެސް އިޔާދަވޭ. ރޯދަމަހު ބަރުދަން ލުއިކުރުމަށްފަހު އެކަން ދެމެހެއްޓުމަށް އެދޭ މީހުން ކުރަން ޖެހޭނެ ކަމަކީ ސިއްހަތަށް ފައިދާހުރި ޑައެޓެއް ދެމެހެއްޓުން. އަދި ރޯދަމަސް ނިމުމުން ހެލިފެލިވެ އުޅުން އިތުރުކުރުން. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ރޯދައަށް ހުންނަ ދުވަސްވަރު މީހުންގެ ލެއިން ކޮލެސްޓްރޯލްއާއި ޓްރައިގްލިސެރައިޑްސް މަދުވޭ، އަދި ޝޯޓް ޓާމް އިމްޕްރޫވްމަންޓްސް ފެނޭ. މީގެ އިތުރުން މީހާގެ ދިފާއީ ނިޒާމު (އިމިއުން ސިސްޓަމް)ވެސް ރޯދަމަސް ވަރުގަދަވާކަން އެނގިފައިވޭ. 2. ރޯދަމަހު ބާޒާރުކުރާ ލިސްޓުގައި ހިމަނަންވީ ކާނާގެ ބާވަތްތަކަކީ ކޮބާ؟ ރޯދަމަހު ކެއުމަށް ހޯދަންވީ ބައެއް ބާވަތްތަކަކީ: ފައިބާ ގިނަ މޭވާ (ކަދުރު، ޒައިތޫނި، ކާށި ތެޔޮ) ފްރުކްޓޯސް މަދު މޭވާ (އޮރެންޖު، ފޭރު، ޕެއާޒް، އަލަނާސި، އެކި ވައްތަރުގެ ބެރީޒް، ފަޅޯ، ޑްރެގަން ފްރުޓް، ކަރާ) އެކި ވައްތަރުގެ ނަޓް ނުވަތަ މަދު (އެލްމަންޑްސް، ވޯލްނަޓް، ޕިސްޓާޗިއޯ، ޕެޕިޓާ ނުވަތަ ބަރަބޯ އޮށް، ސަންފްލާވާ ސީޑްސް، ޕީނަޓްސް، ޕެކާންސް) ސިކުނޑިއަށާއި ހިތަށް ފައިދާކުރުވަނިވި އޮމެގާ-3 ފެޓީ އެސިޑްސް ހިމެނޭ މަހުގެ ބާވަތްތައް (ސެލްމަން، ޓްރައުޓް، ސާޑީން، ކޮޑް ފަދަ) ފެހިކަން ގަދަ ތަރުކާރީއާއި ރޫޓް ވެޖެޓަބަލްސް (ކައްޓަލަ، ބީޓްރޫޓް، ޓާނިޕްސް، ކެރެޓު، ފިޔާ، ލޮނުމެދު، ސެލެރީ، ރެޑިޝް އަދި އިނގުރު ފަދަ) 3. ރޯދަ ހިފަން ތައްޔާރުވުމުގެ ގޮތުން ހާރުކެއުމަށް ބޭނުންކުރަންވީ ކޮން ކަހަލަ ކާނާއެއް؟ ޞުހޫރު ނުވަތަ ހާރުކެއުން: ރޭގަނޑުގެ ހާރަށް ގިނައިން ދިޔާ އެއްޗެހި ބޯން ވާނެ. އަދި ރޯދައަށް ހުންނަ ވަގުތު ހައިޑްރޭޝަން ނުވަތަ ހަށިގަނޑުގައި ފެން ހިފެހެއްޓުމަށް، ފެން އެކުލެވޭ ކާނާ ކެއުން ރަނގަޅު. އަދި ހަކަތަ ދެމެހެއްޓުމަށް ސްޓާޗީ ފުޑްސް ކެއުން ރަނގަޅު. ފައިބާ ގިނަ، ނުވަތަ ހޯލްގްރެއިން ފުޑްސްއަކީ ކާބޯތަކެތި ހަޖަމްކުރުމަށާއި، ބަނޑުހައިވުމުގެ އިހުސާސް ފިލުވުމަށް އެހީތެރިވެދޭ ބާވަތްތައް. އެހެންކަމުން މިފަދަ ތަކެތިވެސް ހާރަށް ބޭނުންކުރުން ރަނގަޅު. ތިރީގައި މި ހިމަނާލަނީ ބައެއް މިސާލު އޯޓްސް: އޯޓްސްއަކީ ހޯލްގްރެއިންސް. އޯޓްސްއާއެކު ފެން ނުވަތަ ކިރު އަޅައިގެން ޕޮރިޖް ހެދިދާނެ. އަދި ކިރު ނުވަތަ ޔޯގަޓްއާއެކު މުއެސްލީ ކެވިދާނެ. ނުވަތަ އޯވާނައިޓް އޯޓްސްވެސް ހެދިދާނެ. އެކި ކަހަލަ ތާޒާ ނުވަތަ ހިކި މޭވާއާއި ނަޓްސް ނުވަތަ މަދު އަޅައިގެން އޯޓްސްގެ އެކި ރެސިޕީތައް ތައްޔާރުކުރެވިދާނެ. ފައިބާ ގިނަ، ބްރެކްފާސްޓް ސީރިއަލްސް: މިއީ ފައިބާގެ އިތުރުން ވިޓަމިންސްއާއި މިނަރަލްސްއިން ފުރިގެންވާ ތަކެތި. ސީރިއަލްއަކީ ކިރާއެކު ކާ އެއްޗެއް ކަމުން ފްލުއިޑްސްވެސް އެބަ ލިބޭ. އަދި ކިރުގެ ޒަރިއްޔާޢިން ކެލްސިއަމްއާއި އަޔަޑީންއާއި ވިޓަމިން ބީ ލިބޭ. ބަތް ނުވަތަ ކުސްކުސް ފަދަ ސްޓާޗީ ފުޑް: މޭވާއާއެކު ރައިސް ޕުޑިންގް ހެދިދާނެ. ނުވަތަ ކުސްކުސް ނުވަތަ އެހެން ގްރެއިންއެއްވެސް ކިރާއި އެހެން މޭވާ ހިމަނައިގެން އެކްސްޕެރިމެންޓް ކޮށެްލެވިދާނެ. ހާރުކެއުމަށް ސޭވަރީ ޑިޝްއެއް ހަދާނަމަ އެއަށް މާ ގިނައިން ލޮނު އެޅުމަކީ ބުއްދިވެރި ގޮތެއް ނޫން. މާ ގިނައިން ލޮނު އަޅާއިފިނަމަ ރޯދައަށް ހުންނަ ވަގުތު ކަރުހިއްކުން އެކަށީގެންވޭ. ޔޯގަޓް: މިއީ ޕްރޮޓީންސް، ކެލްސިއަމް، އަޔަޑީން އަދި ވިޓަމިން ބީ ހިމެނޭ އެއްޗެއް ކަމުން ހާރު ކެއުމަށް ބޭނުންކުރަން ވަރަށް ރަނގަޅު އެއްޗެއް. ސީރިއަލް އަދި މޭވާއާއެކުވެސް ޔޯގަޓް ކެވިދާނެ. ބްރެޑްސް: ހޯލްގްރެއިން ބާވަތްތަކަކީ ފައިބާއިން ފުރިގެންވާ ތަކެތި. މިސާލަކަށް ހޯލް-މީލް ޓޯސްޓް ނުވަތަ ޗަޕާޓީ (ރޮށި) ކެވިދާނެ. ހާރުގެ ވަގުތަށް ބްރެޑްގެ ބާވަތްތަކާއެކު ލޮނުގަދަ ތަކެތި އަދި ޕްރިޒާވްޑް މީޓްސް ކެއުމުން ދުރުހެލިވުން ބުއްދިވެރި. އޭގެ ބަދަލުގައި ނަޓް ބަޓާސް (ޕީނަޓް ބަޓާ، އެލްމަންޑް ބަޓާ ފަދަ)، ސޮފްޓް ޗީޒް ނުވަތަ ދޮންކެޔޮ ކެވިދާނެ. ޕާނަކީ ހިކި އެއްޗެއް ކަމުން ހާރުދަމުގައި ޕާން ކާނަމަ ގިނައިން ފެން ބުއިމަށް ސަމާލުވުން މުހިންމު. ނުވަތަ ސޫޕްއެއް ފަދަ، ފްލުއިޑް-ރިޗް ފުޑްސް ކެވިދާނެ. (އިތުރު ސުވާލުތަކުގެ ޖަވާބު އަންނަ ހަފްތާގައި)
ރޯދަމަހުގައި ކެއިންބުއިމުގެ ކަންކަން ބައްޓަންކުރާނެ ގޮތް (1)
ކޮއްކޮ އިބްރާހިމް އަލީ ޚާން ބޮލީވުޑަށް ނުކުތުމަކީ ދެކޭ ވަރަށް ބޮޑު ހުވަފެނެއް ކަމަށް ސާރާ އަލީ ޚާން ބުނެފިއެވެ. މީގެ ދެއަހަރު ކުރިން ފިލްމު "ކެދާނަތު" އިން ބޮލީވުޑަށް ތަޢާރަފްވީ ސައިފް އަލީ ޚާންގެ ދޮށީ ދަރިފުޅު ސާރާ ބުނީ، އިބްރާހީމް އަކީ އެކްޓްކުރެވޭނެ ކުއްޖެއް ކަމަށާއި ޓިކްޓޮކްގައި އޭނާ ހުނަރުން ވެސް އެކަން ސާބިތުވާ ކަމަށެވެ. ސާރާ ބުނީ އިބްރާހިމް ފިލްމު ކުޅެން ބޭނުންނަމަ އެ ފުރުސަތުވެސް ފަހިކޮށްދޭނެ ކަމަށާއި އަދި އެ ހުވަފެން ހަގީގަތަކަށް ހެދުން އޮތީ އޭނާގެ އަތްމަތީގައި ކަމަށެވެ. މިވަގުތު ބޮޑަށް ކިޔެވުމަށް އިސްކަންދިނުމަށް ބާރު އަޅާކަމަށާއި އިބްރާހިމް މިހާރު ތައްޔާރުވަމުން އަންނަނީ ލޮސް އެންޖެލިސްގެ ކޮލެޖް ހަޔާތަށް ކަމަށާއި ކޮލެޖު ހަޔާތް ނިމުމުން އޭނާ ބޭނުންވާނަމަ ފިލްމު ކުޅެވޭނެ ކަމަށެވެ. ސާރާ ބުނީ އެކްޓްކުރުމަށް އިބްރާހިމް ވެސް ޝައުގުވެރިވާ ކަމަށެވެ. ސާރާ ބޮލީވުޑަށް ނުކުތުމާއެކު ގިނަ ބަޔަކު އަންނަނީ އިބްރާހިމް ބޮލީވުޑަށް ނުކުންނާނީ ކޮންއިރަކުންތޯ އަހައި ސުވާލުކުރަމުންނެވެ. އެ ސުވާލުތަކަށް ޖަވާބުދެމުން އިބްރާހިމްގެ ބައްޕަ އެކްޓަރު ސައިފް އަލީ ޚާން ބުނީ ދަރިފުޅު އިބްރާހީމް ކުރަން ބޭނުންވާ ކަމެއް ކުރެވޭނެ ކަމަށާއި އެކްޓިން ހަޔާތަށް ޝައުގުވެރިވާނަމަ އެކަމުން ވެސް ކުރިއަށް ދެވޭނެ ކަމަށެވެ. ސާރާ އާއި އިބްރާހިމް އަކީ ސައިފް އާއި އެކްޓްރަސް އަމްރިތާ ސިންހް އާ ކައިވެނިކޮށް ލިބުނު ދެދަރިންނެވެ. ސައިފް މިހާރު ކައިވެނިކޮށްގެން އުޅެނީ ބަތަލާ ކަރީނާ ކަޕޫރު އާއެވެ. އެ ދެމަފިރިންނަށް ލިބުނު ފިރިހެން ދަރިފުޅު ތައިމޫރަށް މިހާރު ތިން އަހަރެވެ.
ސާރާގެ ހުވަފެނަކީ އިބްރާހިމް ބޮލީވުޑަށް ނުކުތުން
ސުޕްރީމް ކޯޓުގެ ޝަރީއަތްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށާއި އަދި ޝަރީއަތްތައް ޔޫޓިއުބާއި ޓުވިޓާ މެދުވެރިކޮށް ލައިވްކުރަން ނިންމުމުން، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އެކަމަށް ތައުރީފު ކުރައްވައިފިއެވެ. ސިއްހީ ހާއްސަ ހާލަތްތަކުގައި ސުޕްރީމް ކޯޓުގެ ޝަރީއަތްތައް މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ދުރުން ކުރިއަށް ގެންދިއުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދެއް އެކުލަވާލައި މިއަދު ވަނީ އާންމުކޮށްފަ އެވެ. ސުޕްރީމް ކޯޓުގެ މި ނިންމުމާ ގުޅިގެން އޭޖީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ބޭނުން ބޮޑު ތާރީހީ ބަދަލެއް ކަމަށެވެ. އަދި ޝަރީއަތުގެ ކަންކަމުގައި ޓެކްނޮލޮޖީ ބޭނުންކުރުމުން ހަރަދާއި ވަގުތު ސަލާމަތްވުމުގެ އިތުރުން ޝަރީއަތް އަވަސްވެ، އިންސާފު ހޯދަން ހިނގަންޖެހޭ ދިގު މަގު ކުރުވެގެންދާނެ ކަމަށް ވެސް އޭޖީ ވިދާޅުވިއެވެ. "ކޯޓުތަކުގެ އަބުއިކަން މާޒީވެ ޝަރީއަތުގެ އަޑާއި މަންޒަރު ދުރާއި ގާތުން ފެނިދެނިވުމުން އިންސާފް ލިބޭކަން އިހުސާސްކުރެވޭނެ،" އޭޖީ ވިދާޅުވިއެވެ. ސުޕްރީމް ކޯޓުން މިއަދު އަމަލުކުރަން ފެށި ގަވާއިދުގައި ބުނެފައި ވަނީ ކޯޓުން ފޯރުކޮށްދޭ ހިދުމަތަކީ، ކޯޓަށް މީހާ ކޮންމެހެން ހާޒިރުކޮށްގެން ފޯރުކޮށްދޭންޖެހޭ ހިދުމަތެއް ކަމުގައި ނުވާނަމަ، އެފަދަ ކޮންމެ ހިދުމަތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މުއާމަލާތްތައް ކުރާނީ އީމެއިލް، ޖެމްސް، ޓެކްސްޓް މެސެޖު، ފޯނު ނުވަތަ އެނޫންވެސް އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ކަމަށެވެ. ކޯޓުން ބާއްވާ ޝަރީއަތުގެ މަޖިލީސްތަކާއި ބައްދަލުވުންތައް އާންމުގޮތެއްގައި ކުރިއަށް ގެންދާނީ މައިކްރޯސޮފްޓް ޓީމްސް ނުވަތަ ޓެލެފޯނު ނުވަތަ އެނޫންވެސް ޓެލެކޮންފަރެންސިން ޕްލެޓްފޯމްތައް ބޭނުންކޮށްގެން ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ. އަދި ސުޕްރީމް ކޯޓުގައި ހިނގަމުންދާ ޝަރީއަތުގެ އަޑުއެހުންތައް ޓުވިޓާ ނުވަތަ ޔޫޓިއުބް މެދުވެރިކޮށް ލައިވް ކުރެވޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.
ޝަރީއަތްތައް ލައިވް ކުރުމުން އިންސާފު ލިބޭކަމުގެ އިހުސާސް ވާނެ: އޭޖީ
މިހާރު ފެތުރެމުންދާ ކޮޮރޯނާ ވައިރަހުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށާއި، މި ވަބާއިން އަރައިގަތުމަށް ފައިސާ ހޯދުމުގެ ގޮތުން ބާސެލޯނާގެ ހޯމް ސްޓޭޑިއަމް "ކޭމްޕް ނޫ" ގެ ނަން ސްޕޮންސަރ ކުރުމަށް ހުޅުވާލައިފި އެވެ. ބާސެލޯނާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެކުލަބުގެ ސްޓޭޑިއަމްގެ ޓައިޓަލް ސްޕޮންސަރެއް ހޯދަމުންދާ ކަމަށާއި، އެކަމުން ލިބޭ ފައިސާ ޖަމާ ވާނީ ކުލަބުގެ ފައުންޑޭޝަނަށް ކަމަށެވެ. އަދި އަންނަ ސީޒަނުން ފެށިގެން މި ފައުންޑޭޝަނަށް ލިބޭ ހުރިހާ ފައިސާއެއް ހަރަދު ކުރާނީ ސްޕެއިނުގެ ކެޓަލޫންޏާގައި ކޮރޯނާ ވައިރަސް ހުއްޓުވުމަށް ދިރާސާތައް ހެދުމަށާއި، ކޮވިޑް-19 ގެ ސަބަބުން ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީވުމަށް ކަމަށް ބާސެލޯނާއިން ބުނެފައިވެ އެވެ. ބާސެލޯނާއިން މީގެ ކުރިން ދުވަހަކުވެސް އެ ޓީމުގެ ހޯމް ސްޓޭޑިއަމް ކޭމްޕް ނޫގެ ނަމުގެ ރައިޓްސް ވިއްކާފައެއް ނުވެ އެވެ. އެކަމަކު މި ވަގުތަކީ މުޅި ދުނިޔެއަށް ވެސް މީގެ ކުރިން ޖެހިފައި ނުވާ ފަދަ އުނދަގޫ ހާލަތެއް ކުރިމަތިވެފައިވާ ދަނޑިވަޅެއް ކަމަށާއި، ބާސެލޯނާއިން މި ދަނޑިވަޅުގައި ވެވުން މިންވަރަކުން އެހީތެރިވުމަށް ކޭމްޕް ނޫގެ ނަން ސްޕޮންސަރ ކުރުމަށް ހުޅުވާލާނެ ކަމަށް އެކުލަބުން ބުނެފައިވެ އެވެ. "ބާސެލޯނާއިން މި ނިންމުން ނިންމީ އިންސާނިއްޔަތައްޓަކައި ވެވުނު އެހީތެރިކަމެއް ވުމުގެ ގޮތުން. ކޮންމެ ބަޔަކަށް ވެސް މިވަގުތު ވެވެން ހުރި މިންވަރަކުން އެހީވާންވީ ވަގުތު މިއޮތީ އައިސްފައި،" ބާސެލޯނާއިން ބުނެފައިވެ އެވެ. ބާސެލޯނާގެ ފައުންޑޭޝަނާ ހަވާލުވެ ހުރީ އެކުލަބުގެ ވައިސް ޕްރެސިޑެންޓް ޖޯޑީ ކޯނާރް އެވެ. އޭނާ ބުނި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ބާސެލޯނާ ސްޓޭޑިއަމްގެ ސްޕޮންސަރުން ހޯދުމުގެ މަސައްކަތް ފަށާނެ އެވެ. ބާސެލޯނާގެ ކުޅުންތެރިން މިހާރު ވެސް ވަނީ މުސާރައިގެ 70 ޕަސެންޓް ނުނެގުމަށް ނިންމާފަ އެވެ. އެކަމަކީ އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީގެ އިސްނެގުމުގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެކެވެ.
ބާސެލޯނާގެ ސްޓޭޑިއަމުގެ ނަން ސްޕޮންސާ ކުރުމަށް ހުޅުވާލަނީ
އިންޑިއާގެ ޓީވީ ޗެނަލުތަކުން ގެނެސްދޭ ޑްރާމާ/ޝޯ ތަކުގެ އާ އެޕިސޯޑުތަކެއް ނުގެނެސްދެވޭތީ ސޮނީ ޓީވީ އިން އިންޑިއަން އައިޑަލް ސީޒަން 10 އަލުން ދައްކަން ނިންމައިފިއެވެ. ކޮވިޑް19 އާ ގުޅިގެން އިންޑިއާ ލޮކްޑައުންކޮށްފައިވާއިރު އެއްވެސް ޝޯއެއްގެ މަސައްކަތެއް ނުކުރެވޭ މި ދަނޑިވަޅުގައި ގޭގައި ތިބެގެން އިންޑިއަން އައިޑަލްގެ 10 ވަނަ ސީޒަން މިރޭ ސޮނީ ޓީވީއިން ބަލާލެވޭނެއެވެ. މިރޭ 8:30 ގައި އައިޑަލް ދައްކަން ފަށާއިރު ކޮންމެ ހަފްތާއަކުވެސް އައިޑަލްގެ އެޕިސޯޑެއް ގެނެސްދޭނެއެވެ. އިންޑިއަން އައިޑަލް 10ގެ ޖަޖުންނަކީ ނޭހާ ކައްކަރު، ވިޝާލް ދަދުލާނީގެ އިތުރުން އަނޫ މަލިކެވެ. ނަމަވެސް އަނޫއަށް ޖިންސީ ގޯނާގެ ތުހުމަތުތައް ކުރެވުމާ ގުޅިގެން ޖަޖުންގެ ޕެނަލުން އޭނާ ވަކިވުމުން ދެން އައިޑަލްގެ ޖަޖިން ޕެނަލަށް ގުޅުނީ ޖާވިދު އަލީއެވެ. މަނީޝް ޕޯލް ހޯސްޓްކޮށްގެން ގެނެސްދިން އިންޑިއަން އައިޑަލް 10 އެއް ކާމިޔާބުކުރީ ސަލްމާން އަލީއެވެ. އިންޑިއަން އައިޑޮލްގެ 10 ވަނަ ސީޒަން ކާމިޔާބު ކުރީ ފައިނަލުގައި އަންކުޝް ބަރުދްވާޖް އަދި ނިލާންޖަނާ އާއި ވާދަކޮށެވެ. އިންޑިއަން އައިޑަލްގެ މި ސީޒަނަކީ އެންމެ ގިނަ އަދަދެއްގެ ބަޔަކު ބެލި ސީޒަން އެވެ. ސީޒަންގެ ފިނާލޭ އެޕިސޯޑުގައި ޝާހުރުކް ޚާން، އަނުޝްކާ ޝަރްމާ އަދި ކެޓްރީނާ ކައިފް ބައިވެރިވި އިރު، ޖަޖުންގެ ފުރިހަމަ ހުށަހެޅުންތަކެއް ވެސް ފެނިގެން ދިޔައެވެ.
އިންޑިއަން އައިޑަލް 10 އަލުން ސޮނީއަށް
ގައުމުގެ ބޭރުން ދަތުރު ކުރުމާ ގުޅިގެން ފުރިހަމަ ކުރަން ޖެހުނު 14 ދުވަހުގެ ކަރަންޓީން ނިންމުމަށް ފަހު ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއޯނާ ރޮނާލްޑޯ އެ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ. ކޮރޯނާ ވައިރަހުގެ ސަބަބުން އިޓާލިއަން ލީގު މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލުމާ އެކު ރޮނާލްޑޯ ވަނީ އޭނާގެ އަމިއްލަ ގައުމަށް ކަރަންޓީން ވުމަށް ގޮސްފަ އެވެ. އަދި ޕޯޗުގަލްގައި ދޮޅު މަހެއްހާ ދުވަހު މަޑު ކުރުމަށްފަހު ރޯނާލްޑޯ އެނބުރި އިޓަލީއަށް އައީ މީގެ ދެ ހަފުތާ ކުރިންނެވެ. އެހެން ކަމުން އިޓަލީގެ ސަރުކާރުގެ ގަވާއިދުގައިވާ ގޮތަށް 14 ދުވަހަށް ރޮނާލްޑޯ ވަނީ ގޭގައި ކަރަންޓީން ވުމަށް އަންގާފަ އެވެ. އުމުރުން 35 އަހަރުގެ ރޮނާލްޑޯ މިއަދުގެ ވަގުތެއްގައި ޔުވެންޓަސްްގެ ޓްރެއިނިންގް ގްރައުންޑަށް ގޮސްފައިވާ އިރު ފުރަތަމަ ކަމަކަށް އޭނަގެ މެޑިކަލް ޓެސްޓް ވަނީ ހަދައިފަ އެވެ. އަދި މާދަމާއިން ފެށިގެން ޔުވެންޓަސްގެ ގްރޫޕް ފަރިތަކުރުންތަކުގައި ރޮނާލްޑޯ ބައިވެރިވާނެ ކަމަށް އިޓަލީގެ މީޑިއާތަކުން ބުނެ އެވެ. ޔުވެންޓަސްގެ ކޯޗު މޯރީޒިއޯ ސަރީ ކުޅުންތެރިންނާ އެކު ފަރިތަކުރުންތައް ފެށީ މި މަހުގެ ފަސްވަނަ ދުވަހު އެވެ. އެކަމަކު އޭނަގެ ޓްރެއިނިންގްތައް ކުރިއަށް ގެންދަނީ ގްރޫޕްތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ގްރޫޕެއްގައި އެންމެ ގިނަ ވެގެން ވެސް ހިމެނެނީ ހަ ކުޅުންތެރިން ނުވަތަ ހަތް ކުޅުންތެރިންނެވެ. މީގެ ކުރިން ޔުވެންޓަސްގެ ތިން ކުޅުންތެރިއަކު ވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެފަ އެވެ. އެކަމަކު ކޮވިޑް ޖެހުނު ޔުވެންޓަސްގެ ޑިފެންޑަރު، ޑެނިއަލް ރުގާނީ އާއި މިޑްފީލްޑަރު ބްލޭސް މަޓްއީޑީގެ އިތުރުން ޕައުލޯ ޑިބާލާ ވަނީ އެ ބަލިން ފަސޭހަވުމާ އެކު ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ. އިޓަލީގައި މިހާތަނަށް 226،000 މީހުންނަށް އެބަލި ޖެހިފައިވާ އިރު ޝިކާރައަކަށްވި 3،200 މީހުން ވަނީ މަރުވެފަ އެވެ. އެކަމަކު އެބަލި މަޑު މަޑުން އެގައުމުގައި ކޮންޓްރޯލް ކުރެވިފައިވާ އިރު މިއަދު މަރުވި 99 މީހުންނަކީ މާޗް މަހުގެ ފަހުން އެގައުމުގައި އެ ބަލި ޖެހިގެން މަރުވި އެންމެ މަދު ދުވަހެވެ.
ކަރަންޓީން ނިންމުމަށް ފަހު ރޮނާލްޑޯ އެނބުރި ޕްރެކްޓިސްއަށް
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހާ އެކު ކުލަބުގެ މާލީ ހާލާތު ދަށްވެފައިވާތީ ޓީމް ސްކޮޑުގެ މުސާރަ 12.5ޕަސެންޓަށް ކުޑަ ކުރަން ނިންމުމުން އެ ޓީމުގެ މިޑްފީލްޑަރު މެސުޓް އޮޒިލް ދެކޮޅު ހަދައިފި އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލާފައި އޮންނަތާ ދޮޅު މަސްވެފައިވާ އިރު މިހާތަނަށް ޔޫރަޕްގެ ބޮޑެތި ގިނަ ކުލަބުތަކަކުން ވަނީ އެ ޓީމު ތަކުގެ ކުޅުންތެރިންގެ މުސާރައިގެ ބޮޑު ބައެއް މިދުވަސްކޮޅު ނުނަގަން ނިންމާފަ އެވެ. އެގޮތުން އާސެނަލްގެ ސްކޮޑާއި، ޓީމުގެ ކޯޗު މިކެލް އާޓެޓާ ވެސް ވަނީ 12.5 ޕަސެންޓް މުސާރައިން ކެނޑުމަށް އެއްބަސްވެފަ އެވެ. އެކަމަކު އެ ޓީމުގެ ތިން ކުޅުންތެރިއަކު އެކަމަށް ދެކޮޅު ހަދާފައިވާ އިރު އޭގެ ތެރޭގައި އެ ޓީމުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާ، އޮޒިލް ހިމެނުމުން ގިނަ ބަޔަކު އަންނަނީ އޭނާއަށް ފާޑު ކިޔަމުންނެވެ. އޮޒިލް އަކީ ހަފުތާއެއްގެ މައްޗަށް 350،000 ޕައުންޑް ލިބޭ ކުޅުންތެރިޔެކެވެ. "އާސެނަލްގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާ ދެން ތިބި ކުޅުންތެރިންގެ މުސާރަ ކުޑަ ކުރުމަށް ނިންމި އިރު ދެކޮޅު ހެދުމުން އަމިއްލަ އެދުންވެރިކަން ސިފަވޭ. މިއީ ވަރަށް ދެރަ ކަމެއް،" ލިވަޕޫލްގެ ލެޖެންޑް ޖޭމީ ކަރޭގާ އޮޒިލްއަށް ފާޑު ކިޔުމުގެ ގޮތުން ބުނެފައިވެ އެވެ. ކަރޭގާ ބުނީ، މިވަގުތުގެ ހާލަތަށް ބަލައި އޮޒިލް އެގޮތަށް ނިންމި ނަމަވެސް ޓީމުގެ އެހެން ކުޅުންތެރިންނާއި، މެނޭޖަރުގެ ވިސްނުމަށް އިހުތިރާމްކޮށް ޚިޔާލު ބަދަލު ކުރަންޖެހޭ ކަމަށެވެ. "ފުޓުބޯޅަ އަކީ ޓީމް ގޭމެއް. އެންމެން އެކަތިގަނޑަކަށް ވެގެން ކުޅެވޭ އެއްޗެއް. ހާއްސަކޮށް އޮޒިލް ކަހަލަ ނަން މަޝްހޫރު ކުޅުންތެރިން ޖެހޭނެ މިކަހަލަ ދަނޑިވަޅުތަކުގައި ޓީމާ އެކީގައި މަސައްކަތް ކުރަން،" މީގެ ކުރިން އޮޒިލް ވަނީ ޗެރިޓީއަށް ގިނަ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން އޭނަގެ ކައިވެނީގެ ހަފުލާގައި އޮޒިލް ވަނީ 1000 ކުޑަ ކުދިންގެ ސާޖަރީއަށް އެހީ ފޯރުކޮށްދީފަ އެވެ. އަދި އޭނާ ވަނީ ސީރިއާއާއި ޓާކީގައި ހާލުގައި އުޅޭ 100000 މީހުންނަށް ކާބޯތަކެތި ފޯރުކޮށްދީފަ އެވެ.
މުސާރަ ކުޑަ ކުރުމަށް ދެކޮޅު ހެދުމުން އޮޒިލްއަށް ފާޑުކިޔުން
ރާއްޖޭގައި ބާރުމިނުގައި ފެތުރެމުން އަންނަ ކޮވިޑް19 އާ ގުޅިގެން ހާލު ގޯސްވާ މީހުން ވެންޓިލޭރަށް ލާން ޖެހިއްޖެ ހާލަތެއްގައި ވެންޓިލޭޓަރު ހޯދުމަށް ހެލްތު މިނިސްޓްރީ އިން ކޯޓޭޝަން ހޯދި ފަރާތްތަކުގެ ތެރެއިން އެންމެ ކުޑައަގެއް ހުށަހެޅީ ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ކަމަށް ސަން އަށް ކަށަވަރުވެއްޖެ އެވެ. ސަން އަށް އެނގިފައިވާ ގޮތުގައި އެސްޓީއޯ އިން ތިން އޮޕްޝަނެއް ސަރުކާރަށް ދިނެވެ. އެގޮތުން އެންމެ އަގުހެޔޮ އޮޕްޝަންގެ ގޮތުގައި އެސްޓީއޯ އިން ކޯޓޭޝަން ދިނީ، 15 ޔުނިޓް، ޔުނިޓެއް 206،666.67 ރުފިޔާގެ ރޭޓުން 3.1 މިލިއަން ދިވެހި ރުފިޔާ އަށެވެ. އެ ތަކެތި ގެނެސް ދިނުނަށް ހުށަހެޅި މުއްދަތަކީ 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއްގަ އެވެ. ބްރޭންޑަކީ ބްރީސް، ސްވިޑްން އެވެ. ތިން ވަނަ އޮޕްޝަން އަދި އަގުގެ ގޮތުން ދެވަނަ އަށް އެސްޓީއޯ އިން ހުށަހެެޅީ ޖަރުމަނުގެ އެކްސެންޓް ބްރޭންޑް ވެންޓިލޭޓަރެވެ. އެ ބްރޭޑްގެ 15 ޔުނިޓަށް އެސްޓީއޯ އިން ހުށައެޅީ، ޔުނިޓެއް 426،666.67 ރުފިޔާގެ ރޭޓުން 6.4 މިލިއަން ރުފިޔާ އަށެވެ. އެ ބްރޭންޑްގެ 15 ޔުނިޓް ގެނެސްދޭން އެސްޓީއޯ އިން ހުށަހެޅީ 15 ދުވަހާއި 20 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގަ އެވެ. އަދި އެންމެ އަގު ބޮޑު ބްރޭންޑެއްގެ ގޮތުގައި އެސްޓީއޯ އިން ހުށަހެޅީ ހެލްތު ކެއާ ޔޫއެސްއޭގެ ބްރޭންޑެކެވެ. އެ ބްރޭންޑްގެ 15 ޔުނިޓަށް އެސްޓީއޯ އިން ހުށަހެޅީ 13.1 މިލިއަން ރުފިޔާ އެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން 50 ޔުނިޓް ވެންޓިލޭޓަރު ގެންނަށް ހަވާލުކުރީ، އެސްޓީއޯ އިން އެންމެ އަގުހެޔޮކޮށް ހުށަހެޅި ބްރޭންޑްގެ ޔުނިޓެއް ގެނެސް ދިނުމަށް ހުށަހެޅި އަގަށް ވުރެ ޔުނިޓަކުން 82،247.33 ރުފިޔާ އަގުބޮޑުކޮށް މެޑްޓެކް މޯލްޑިވްސްއަށެވެ. ބީލަމަށް ނުލައި ތިން ކުންފުންޏެއްގެ ފަރާތުން އަގު ހޯދުމަށް ފަހު، 50 ވެންޓިލޭޓަރު ގެނައުމަށް އެ ކުންފުންޏާ ހަވާލުކުރީ 14.44 މިލިއަން ރުފިޔާ އަށެވެ. މެޑްޓެކް މޯލްޑިވްސްގެ މެނޭޖިންޑިރެކްޓަރު މުބާހު ރަފީއު މިރޭ ސަން އަށް ވިދާޅުވީ އެ ކުންފުނިން މިއަދު ގެނައި 18 ވެންޓިލޭޓަރަކީ އައިސީޔޫ ވެންޓިލޭޓަރު ކަމަށެވެ. އަަދި ބައެއް އެހެން ކުންފުނިތަކުން ހުށަހެޅި އަގުތަކަކީ އައިސީޔޫ ބޭސްޑް ވެންޓިލޭޓަރު ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ބާކީ 32 ޔުނިޓް ޖޫން މަހުގެ ތެރޭގައި ގެނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެސްޓީއޯގެ އޮފިޝަލަކު ސަން އަށް މިރޭ ވިދާޅުވީ އެސްޓީއޯ އިން ކޯޓޭޝަން ހުށަހެޅީ މުޅިން ވެސް އައިސީޔޫ ބޭސްޑް ވެންޓިލޭޓަރު ކަމަށެވެ. އަދި އެސްޓީއޯގެ ފަރާތުން ކޯޓޭޝަން ހޯދީ 15 ވެންޓިލޭޓަރުގެ އަގު ކަމަށާއި އެސްޓީއޯގެ އަގުތައް ހޯދުމަށް ފަހު، އެހެން ކުންފުނިތަކުން އަގުތައް ހޯދީ 50 ޔުނިޓް ވެންޓިލޭޓަރުގެ އަގު ކަމަށާއި އެ މަރުހަލާގައި އެސްޓީއޯ އަށް އެ ފުރުސަތު ވެސް ނުދޭ ކަމަށެވެ. ވެންޓިލޭޓަރު މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ސުވާލުތަކަށް ލިއުމުން ދެއްވި ޖަވާބު ފިޔަވައި އެ މައްސަލާގައި ހެލްތު މިނިސްޓްރީ އިން އަދި މިހާތަނަށް އެއްޗެއް ނުބުނެ އެވެ.
ވެންޓިލޭޓަރަށް އެންމެ ކުޑަ އަގެއް ހުށަހެޅީ އެސްޓީއޯ އިން
ކޮޮވިޑް19 އަށް ޕޮޒިޓިވް ވެގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ އުމުރުން ދުވަސްވީ މީހަގެ ހާލު ގޯސް ނުވާކަމަށް ޑޮކްޓަރުން ވިދާޅުވެއްޖެ އެވެ. ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗު ހޮސްޕިޓަލުގެ އެތެރެހަށީގެ ޑޮކްޓަރު ޑރ. މޫސާ މުރާދު ވިދާޅުވީ ޑީއެޗް11 ގައި އޮތް މީހާ މިވަގުތަށް ބަލާއިރު އިތުރު ގޯސްކަމެއް ނުފެންނަ ކަމަށެވެ. ކޮވިޑަށް ޕޮޒިޓިވް ވެގެން އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނަކަށް ދަނީ ފަރުވާ ދެމުންނެވެ. ނެޝަަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރު މޫސާ ހުސައިން އިއްޔެ ވިދާޅުވީ އުމުރުން 80 އަހަރުގެ މީހާ އަކީ ސްޓްރޯކެއް ޖެހުމުގެ ސަބަބުން ދެ އަހަރު ވަންދެން އެނދުމަތިކޮށްގެން ފަރުވާ ދެވިފައިވާ މީހެއް ކަމަށާއި އޭނާގެ އިތުރު ބަލިތައްވެސް އެބަހުރި ކަމަށެވެ. ޑރ މޫސަ ވިދާޅުވީ އޭނާގެ އިތުރު ބަލިތައްވެސް އެބަހުރި ކަމަށާއި އޭގެ ތެރޭގައި ހަކުރުބަލި، ލޭމައްޗަށް ދިޔުން، ކޮލެސްޓްރޯލް މަތިވުން، ކާއެއްޗެހި ނޭވާ ހޮޅިއަށް ގޮސްގެން ނިޔުމޮނިޔާ ޖެހިގެން ހޮސްޕިޓަލުގައިވެސް އެކިފަހަރުމަތިން އޭނާ އެޑްމިޓްކޮށްފައިވާނެ ކަމަށެވެ. "80 އަހަރުގެ މީހަކަށްވެފައި އެކިކަހަލަ ބަލިތައް ތަހައްމަލު ކުރާ މީހަކަށް ވާތީވެ، މިކަހަލަ ބައްޔެއްގައި ވަރަށް ބޮޑަށް ހާލު ދަށްވެގެން ހިނގައިދާނެ މީހެއް ކަމަށް ބެލެވެނީ،" ޑރ. މޫސަ ވިދާޅުވި އެވެ. ޑރ. ވިދާޅުވީ އޭނާ އެޑްމިޓްކުރި އިރު އޮކްސިޖަން ހުރީ 94 ޕަސެންޓުގައި ކަމަށާއި އެ އުމުރުގެ މީހެއްގެ އޮކްސިޖަން ނޯމަލްކޮށް ހުންނާނީ 98 ގައި ކަމަށެވެ. "94 ވެސް އަޅުގަނޑުމެން މި ބުނަނީ އެއީ ވާނިން ސައިން އެކޭ. ބޮޑަށް ހާލަތު ގޯސްވެގެން ހިނގައިދާނެ އޭނާގެ،" ޑޮކްޓަރު ވިދާޅުވި އެވެ. ޑރ. މުރާދު މިއަދު ވިދާޅުވީ އޭނާގެ ހާލު އިއްޔެ އާއި އަޅާބަލާއިރު ގޯސް ނުވާ ކަމަށެވެ. ރާއްޖެއިން މިހާތަނަށް ޖުމްލަ 86 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.
ޕޮޒިޓިވްވި ދުވަސްވީމީހާގެ ހާލު ގޯހެއް ނުވޭ
ފުލުހުންނަށް ޓޭޒާ ގަން (ކަރަންޓު ފިސްތޯލަ) ބޭނުންކުރަން ދޭން އުޅޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވުމާ އެކު ސޯޝަލް މީޑިއާގައި އާންމުން ނުރުހުން ފާޅުކުރަން ފަށައިފި އެވެ. ސީޕީ ހަމީދު މިއަދު ވިދާޅުވީ އޮފިސަރުންގެ ސަލާމަތާއި އާންމުންގެ ރައްކާތެރިކަމަށްޓަކާ ފުލުހުންގެ އޮޕަރޭޝަންތަކުގައި "ކޮންޑަކްޓެޑް އިލެކްޓިރިކް ވެޕަން" ނޫނީ ކަރަންޓް ފިސްތޯލަ ބޭނުންކުރުމުގެ ޓްރަޔަލްއެއް މިހާރު ފަށާފައިވާ ކަމަށެވެ. ފުލުހުން ކަރަންޓް ފިސްތޯލަ ބޭނުން ކުރަން ފަށައިފިއިތުރަށް ވިދާޅުވުމަށް އެކަމާ ގުޅިގެން ގިނަ އަދަދެއްގެ އާންމުންނާއި ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުން ވެސް ދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ. މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ މިހާތަނަށް ފެނިފައި ވަނީ ފުލުހުން ރައްޔިތުންނަށް ހަމަލާދީ އަނިޔާކުރިތަން ކަމަށާއި ރައްޔިތުން ހަމަލާ ދިން މަންޒަރު ނޫން ކަމަށެވެ. އަދި ފުރަތަމަ ފުލުހުން ރީހެބިލިޓޭޓް ނުކޮށް އެފަދަ ހަތިޔާރެއް ދިނުމަކީ ރައްކާތެރި ކަމެއްތޯ މެމްބަރު އިމްތިޔާޒު ވަނީ ސުވާލު އުފައްދަވާފަ އެވެ. ކައުންސިލްތަކުގެ އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީގައި މާލޭ މޭޔަރުކަމުގެ ޓިކެޓު ކާމިޔާބުކުރެއްވި އަނަސް އަބްދުއްސައްތާރު ވިދާޅުވީ ރައްޔިތުންނާއި ފުުހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންކުރެވޭ އެންމެ ބާރުގަދަ ހަތިޔާރަކީ ފުލުހުންގެ ޔުނީފޯމު ކަމަށާއި އެ ޔުނީފޯމު ބޭނުންކުރަން ދަސްކުރަން ޖެހޭ ކަމަށެވެ. ޓުވީޓުކުރި އާންމުންގެ މީހަކު ބުނީ ފުލުހުންނަށް ކަރަންޓު ފިސްތޯލަ ދޭން ނިންމިއިރު ފުލުހުން އާންމުންގެ މީހަކަށް ޕޭމަންޓް ގަލަކުން ހަމަލާދިން ވީޑިއޯއެއް އާންމުވިތާ އަދި މާ ގިނަ ދުވަސްތަކެއް ނުވާ ކަމަށެވެ. މީގެ އިތުރުން މިއީ ބޭނުންކުރަން ރައްކާތެރި އެއްޗެއް ނޫން ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ. އެކަކު ބުނީ ހިތުގެ މައްސަލަތަކާ ގުޅިގެން ޕޭސްމޭކާ ފަދަ ތަކެތި ބޭނުންކުރާ މީހަކާ ދެކޮޅަށް މި ފިސްތޯލަ ބޭނުން ކޮށްފި ނަމަ އެމީހަކު މަރުވާނެ ކަމަށެވެ. އަދި ފުލުހުންނަކީ އާންމުންނަށް އަނިޔާކުރުމުގެ ރިކޯޑެއް އޮންނަ ބައެއް ކަމަށާއި އެފަދަ ކަންކަމުގައި ފުލުހުންނަށް އަދަބު ލިބޭތަން ނުފެންނަ ކަމަށް ވެސް ބުނެފައިވެ އެވެ. ފާޑުކީ އިތުރު މީހަކު ބުނީ ކަރަންޓު ފިސްތޯލަ ދިނުމަށްވުރެ ފުލުހުންނަށް މައްސަލަތައް ތަހުގީގު ކުރެވޭ މިންވަރު އިތުރުކޮށް، ފުލުހުންގެ މުއައްސަސާއިން ކޮރަޕްޝަން ނައްތާލައި، ފުލުހުންނާ މެދު އާންމުންގެ މެދުގައި އިތުބާރު އުފެއްދުން ވެސް މާ ރަނގަޅުވާނެ ކަމަށެވެ. ސީޕީ ހަމީދު މިއަދު ވިދާޅުވީ ކަރަންޓު ބަޑި ބޭނުންކުރަން ފަށާއިރު، އެ ބޭނުންކުރާ ގޮތް މޮނީޓާ ކުރެވިގެންދާނެ ކަމަށެވެ. މި ހަތިޔާރު ފުލުހުން ބޭނުން ކުރަނީ ޒިންމާދާރުކޮށްކަން ކަށަވަރު ކުރުމަށް ޓަކައި މި ފިސްތޯލަ ބޭނުންކުރާނީ ބޮޑީކެމެރާ އާއެކު ކަމަށްވެސް ސީޕީ ވިދާޅުވި އެވެ.
ފުލުހުންނަށް ކަރަންޓު ފިސްތޯލަ ދިނުމުން އާންމުން ރަތަށް!