news
stringlengths
242
32.4k
Title
stringlengths
6
118
ލާމު ލިންކްރޯޑުގައި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން ބުނީ ލިންކްރޯޑުގައި އެކްސިޑެންޓެއް ހިނގި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު މެންދުރު 12:15 ހާއިރު ކަމަށެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ކައްދޫ އެއާޕޯޓް ކުރިމަތިން ސައިކަލަކާއި ވޭނެއް ޖެހިގެންކަމަށް ފުލުހުން "ސަން"އަށް ބުންޏެވެ. ފުލުހުން ބުނީ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން މީހާއަށް ކަމަށާއި އެ މީހާއަށް ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާ ކަމަށެވެ. ފުލުހުން ބުނީ ލިންކު ރޯޑު އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 56 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. އޭނާގެ ކޮނޑުހުޅު ބިންދައިގެން ގޮސް މޭ މައްޗަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މިއަދު ހެނދުނު މާލޭގައިވެސް ވަނީ، ޕާކްކޮށްފައި އޮތް ޕިކަޕެއްގައި ސައިކަލަކުންޖެހި، އެ ސައިކަލް ދުއްވަން އިން 17 އަހަރުގެ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.
ލާމު ލިންކްރޯޑުގައި އެކްސިޑެންޓެއް ހިނގައިފި
ވެލާނާ އިންޓަނޭޝަނަލް އެޕޯޓުގެ ބަޔަކުން ކަރަންޓް ކެނޑިއްޖެ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕަވަޕްލާންޓަށް ދިމާވި މައްސަލައަކާ ގުޅިގެން ކަރަންޓް ކެނޑިގެން ގޮސްފައި ވަނީ ހަވީރު 5:54 ހާއިރު އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ކޯޕަރޭޓް ކޮމިއުނިކޭޝަންގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު މިރޭ "ސަން" އަށް ވިދާޅުވީ، ކަރަންޓް ކެނޑިގެން ގޮސްފައިވަނީ މުޅި އެއާޕޯޓުން ނޫން ކަމަށާއި ހަމައެކަނި ޓާމިނަލް ސަރަހައްދުން އެކަނި ކަމަށެވެ. "ޕަވަ ފެއިލިއާ އެއް ދިމާވެގެން ކަރަންޓް ކެނޑިފައިވަނީ ހަމައެކަނި ޓާމިނަލް ސަރަހައްދުން. އެހެން ސަރަހައްދުތަކުގައި ކަރަންޓް އެބަހުރި،" ހަސަން އަރީފު ވިދާޅުވި އެވެ. އެނާ ވިދާޅުވީ، މީހާރު އެ މަައްސަލަ ހައްލު ކުރަމުން ދާ ކަމަށައި ވީހަވެސް އަވަހަކަށް އެ ސަރަހައްދަށް ކަރަންޓް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ވެލާނާ އެއާޕޯޓުގެ ބަޔަކުން ކަރަންޓް ކެނޑިއްޖެ
(ކޮލޮމްބޯ، ސްރީލަންކާ): ސަރުކާރުން ބޭނުންވަނީ އިގްތިސާދާއި ވިޔަފާރީގެ ފައިދާ މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ހަމަހަމައަށް ލިބިގެން ދިއުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ސްރީލަންކާގެ ކޮލޮމްބޯގައި މިއަދު ފެށި ރާއްޖެއާއި ސްރީލަންކާގެ ވިޔަފާރިވެރިންގެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ގަބޫލުކުރަނީ އިގްތިސާދީ ކުރިއެރުމުގެ އެންމެ މައިގަނޑު ދައުރެއް އަދާކުރަނީ ޕްރައިވެޓް ސެކްޓަރުގެ ވިޔަފާރިތަކުން ކަމަށެވެ. "އަޅުގަނޑު ޔަގީންކަން އަރުވަން، ރާއްޖެ އަބަދުވެސް އޮންނާނީ ވިޔަފާރިއަށް ހުޅުވާލެވިފައި. ފޮރިން އިންވެސްޓްމެންޓަށް އަޅުގަނޑުމެން އަބަދުވެސް މަރުހަބާ ކިޔާނަން،" ރައީސް ސޯލިހު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރާއްޖެއާއި ސްރީލަންކާއަކީ ހަލުއި ދުވެލީގައި ކުރިއަރަމުން އަންނަ ދެ އިގްތިސާދެއް ކަމަށާއި، ދެ ގައުމުން ބަރޯސާވަނީ އެއްކަހަލަ އިގްތިސާދީ ދާއިރާތަކަށާއި، ކުރިމަތިލަނީ އެއްކަހަލަ ގޮންޖެހުންތަކަކާ ކަމަށެވެ. އަދި ދެ ގައުމުން ގުޅިގެން ވިޔަފާރި ކުރެވޭނެ ގިނަ ދާއިރާތަކެއް އަދިވެސް އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ. "އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންގެ ވިޔަފާރި އިތުރުވެ، ލިބޭ އިގްތިސާދީ ފައިދާ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް އެއްހަމައަކަށް ލިބިގެން ދާނެކަން އަޅުގަނޑުމެންގެ ސަރުކާރުން ކަށަވަރު ކުރާނެކަން،" ރައީސް ސޯލިހު ވިދާޅުވިއެވެ. އެކަމަށް ބާރު ދެއްވަމުން ރައީސް ވިދާޅުވީ މާލެއިން ބޭރުން އަތޮޅުތައް ދަތުރުފަތުރުގެ ނިޒާމުތަކުން ގުޅާލައި، އާބާދީ ބޮޑެތި ރަށްރަށުގައި އިންފްރާސްޓްރަކްޗަރާއި އިންސާނީ ވަސީލަތް ގާއިމުކުރަމުން ގެންދާކަމަށެވެ. "މީގެ އިތުރުން މުޅި ރާއްޖޭގައި ބޭންކިންގް ފެސިލިޓީސް އިތުރަށް ގާއިމުކޮށް، ރައްޔިތުންނަށް ފަސޭހައިން ކްރެޑިޓް ލިބޭނެ އިންތިޒާމުތައް ހަމަޖައްސައި، އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރާނެ މާހައުލެއް ގާއިމުކުރާނަން،" ރައީސް ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން މިހާރަށްވުރެ ވެސް އިތުރުކުރުމަށް ރާއްޖެއިން ބޭނުންވާ ކަމަށެވެ. އަދި އެ ގުޅުންތައް އިތުރުކުރެވޭނެ އިތުރު ދާއިރާތަކެއް އެބަހުރިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "އަޅުގަނޑު ތިޔަ ބޭފުޅުންނަށް ދައުވަތު އަރުވަން ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތަކުގެ ބަލައި، އޭގެ ބޭނުން ހިފުމަށް،" ސްރީލަންކާގެ ވިޔަފާރިވެރިންނަށް ރައީސް ސޯލިހު މިއަދު ވިދާޅުވިއެވެ.
އިގްތިސާދީ ފައިދާ މުޅި ރާއްޖެއަށް ހަމަހަމައަށް ލިބެން ބޭނުން: ރައީސް
ޚިޔާނާތާއި ޓެރަރިޒަމްގެ ކުށް ސާބިތުބެ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރު ގޭ ބަންދަަށް ބަދަލުކުރަން ހައިކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ. އެފަދަ އަމުރެއް މިއަދު ހައިކޯޓުން ނެރުނީ އަދީބުގެ ބޭސްފަރުވާއާ ގުޅޭގޮތުން އެ ކޯޓަށް ހުށަހެޅިފައިވާ މައްސަލަ ބަލައި ނިމެންދެނެވެ. އެފަދަ ވަގުތީ އަމުރެއް ނެރެދިނުމަށް އަދީބުގެ ފަރާތުން އެދިފައި ވަނީ އިއްޔެ ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައެވެ. ހައިކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައި ވަނީ އަދީބަށް ދިމާވެފައިވާ ބަލިހާލަތާ ގުޅިގެން އޭނާ އަކީ ފުރާނައަށް ނުރައްކާ ފަރާތެއް ކަމަށް ބަޔާންކޮށް، ޑޮކްޓަރު ލިޔުން ދޫކޮށްފައިވާ ކަމަށެވެ. އެ އަމުރުގައި ވަނީ އަދީބުގެ ބަލިހާލަތު ވަރަށް ސީރިއަސް ކަމަށާއި މި މަހުގެ 24 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި އޭނާ ބަންދުގައި ހުންނަތަނަށް ހޭނެތިގެން ވެއްޓިފައިވާ ކަމަށެވެ. ހައިކޯޓުން ބަލަމުންދާ މައްސަލާގައި ވަގުތީ އަމުރެއް ނުނެރެފިނަމަ އަދީބުގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފާޅުކަންބޮޑުގޮތެއްގައި ފެންނަން އެބައޮތް ކަމަށް ވެސް އެ އަމުރުގައިވެއެވެ. އެ އަމުރު ނެރުމުގައި، ހުކުމެއް ކުރެވެންދެން ގޭބަންދުގައި ބަހައްޓައިދިނުމަށް އެދި އަދީބު ހުށަހެޅި ސަބަބުތަކުގެ މައްޗަށް ރިއާޔަތްކޮށްފައިވާ ކަމަށް އެ އަމުރުގައިވެއެވެ. އަދި އަދީބުގެ މެޑިކަލް ލިޔުންތަކުގެ މައްޗަށާއި ވަގުތީ އަމުރެއް ނެރުމުގައި ޝަރީއަތުގެ ފަރާތުން ރިއާޔަތްކުރަންޖެހޭ ކަންކަމުގެ މައްޗަށް ވެސް އެ އަމުރު ނެރުމުގައި ރިއާޔަތްކޮށްފައިވާ ކަމަށް ވެސް އަމުރުގައިވެއެވެ.
އަދީބު ގެއަށް ބަދަލު ކުރަން ހައިކޯޓުން އަމުރުކޮށްފި
ވިހި ފޫޓު ދިގު، އުމުރުން 50 އަހަރުގެ ގްރޭޓް ވައިޓް ޝާކަކާއެކު ޑައިވަރުންތަކެއް ފެތި ވީޑިއޯ އަކަށް ސަމާލުކަން ހުއްޓިއްޖެއެވެ. ގްރޭޓް ވައިޓް ޝާކަކީ ދުނިޔޭގައި މިހާރު އުޅޭ ޖަނަވާރުންގެ ތެރެއިން އެންމެ ބޮޑެތި ޖަނަވާރުތަކުގެ ތެރޭ ގުނައިލެވޭ މަހުލޫގެކެވެ. ހަވާއީ ކައިރިން ފެނުނު ގްރޭޓް ވައިޓް ޝާކުގެ ވީޑިއޯ އަކަށް ސަމާލުކަން ލިބުނީ އޭގެ ވީޑިއޯ އިންސްޓަގްރާމުގައި ޝެއާ ކުރުމާއެކުގައެވެ. އޯޝަން ރަމްސޭ އިން ޝެއާކޮށްފައިވާ އެ ވީޑިއޯ އާއެކު ބުނެފައިވަނީ އެއީ އަންހެން މިޔަރެއް ކަމަށާއި އެއީ މާބަނޑު މިޔަރެއް ކަމަށް ބެލެވޭ ކަމަށެވެ. އެ މިޔަރާއެކު ދެ ކޯމަސްވެސް އުޅުނު ކަމަށް ބުނެފައިވެއެވެ. "ޑީޕް ބްލޫ"ގެ ނަމުން ނަންދީފައިވާ މި މިޔަރު މީގެ ކުރިންވެސް ކެމެރާތަކުގެ ލެންސަން އަރައި ސަމާލުކަން ހޯދާފައިވެއެވެ. އޯޝަން ރަމްސޭ އިން ބުނެފައިވަނީ އެޓީމުގެ ޑައިވަރުން ޑީޕް ބްލޫ އާއެކު ގިނަ ވަގުތު ހޭދަކޮށްފައިވާ ކަމަށާއި އޭގެ ފަރާތުން އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށެވެ. ދުނިޔެއިން ހުސްވެދާނެކަމުގެ ބިރު ހީވެފައިވާ ގްރޭޓް ވައިޓް ޝާކެއް ސަމާލުކަން ހޯދާފައިވާއިރު، އޭއީ މާބަނޑު އެއްޗަކަށް ވެއްޖެނަމަ އެއީ އުފާކުރަންވީ ކަމެއްކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.
50 އަހަރުވީ ގްރޭޓް ވައިޓްޝާކާ އެކު ފަތައިފި
ދިއްލީ (ޖެނުއަރީ 28): އިންޑިއާގެ ޔޫނިއަން މިނިސްޓަރު އާނަންތުކުމާރު ހެގްދޭ މުސްލިމް އަންހެނަކާ ބެހޭ ގޮތުން ދެއްކެވި ވާހަކައަށް ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވެއްޖެ އެވެ. އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ މެމްބަރެއް އަދި ޔޫނިއަން މިނިސްޓާ އޮފް ސްޓޭޓް ފޯ ސްކިލް ޑެވެލޮޕްމެންޓް، ހެގްދޭ ވަނީ މީގެ ކުރިންވެސް މީހުންގެ ނުރުހުން އަމާޒުވާ ފަދަ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން އިއްޔެ "ހިންދޫ އަންހެން ކުދިން ރައްކާތެރި ކުރާނެ" ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އޭނާ ވަނީ "ހިންދޫ ކުއްޖެއްގެ ގަޔަށް އަތްލާ މީހުންގެ އަތް ކަނޑާލަން ޖެހޭ" ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފަ އެވެ. އަދި އޭނާ ވަނީ ތާޖް މަހަލް ބިނާ ކުރީ މުސްލިމުން ނޫން ކަމަށާއި އެއީ ހިންދޫ ރަސްކަލެއް ބިނާ ކުރި ފައްޅިއެއް ކަމަށް ވިދާޅުވެފަ އެވެ. އޭގެ ސަބަބުން ކަރުނާޓަކާގެ ކޮންގްރެސްގެ ރައީސް ދިނޭޝް ގުންޑޫ ރާއޯ ވަނީ އެވާހަކަތައް ކުށްވެރިކޮށްފަ އެވެ. އަދި އެފަދަ ވާހަކަ ދައްކަވާ މީހަކު މިނިސްޓަރު ކަމަށާއި މަޖިލިސް މެމްބަރު ކަމަށް އިންތިހާބު ކުރުމަކީ ހިތާމަވެރި ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ރާއޯއަށް ރައްދު ދެއްވަމުން ހެގްދޭ ވަނީ ރާއޯގެ ކާމިޔާބީތަކާ ބެހޭ ގޮތުން ސުވާލު އުފައްދަވާފަ އެވެ. އަދި ރާއޯ އެނގިފައި ވަނީ ހަމައެކަނި "މުސްލިމް އަންހެނެއްގެ ފަހަތުގައި ހުރެގެން (މަޖިލީހަށް) ވާދަ ކުރި މެމްބަރު"ގެ ގޮތުގައި ކަމަށް ވިދާޅުވެފަ އެވެ. ރާއޯގެ އަންހެނުން ތާބޫ ރާއޯއަކީ މުސްލިމެކެވެ. އަދި ތާބޫ ވަނީ އޭނާއަކީ ސިޔާސީ މަގާމެއްގައި ހުންނަ މީހެއް ނޫން ކަމަށާއި އެހެންކަމުން އޭނާ މުސްލިމަކަށްވީތީ، އޭނާގެ ފިރިމީހާއާ ގުޅުން ހުރި ސިޔާސީ މައްސަލަތަކުގެ ތެރެއަށް އޭނާ ނުވެއްދުމަށް ގޮވާލާފަ އެވެ. އަދި ހެގްދޭއަށް ފާޑު ވިދާޅުވި ފަރާތްތަކުގެ ތެރޭގައި ކޮންގްރެސް ޕާޓީގެ ރައީސް ރާހުލް ގާންދީވެސް ހިމެނެ އެވެ. ރާހުލް ގާންދީ ވަނީ ހެގްދޭ އަކީ "އިންޑިއާގެ ހުރިހާ ރައްޔިތުންނަށް ހުރި ލަދެއް" ކަމަށާއި އޭނާ މިނިސްޓަރު ކަމުން ދުރުކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. މީގެ ކުރިން 2017 ވަނަ އަހަރު ހެގްދޭ ވަނީ އިންޑިއާއަކީ ތަފާތު ދީންތަކަށް ޖާގަދޭ ގައުމަކަށް ގާނޫނު އަސާސީގައި ބުނާ މާއްދާ ބީޖޭޕީން ބަދަލު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ސަބަބުން އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި އެކި ދީންތަކުގެ މީހުން ވަނީ ހެގްދޭއާ ދެކޮޅަށް މުޒާހަރާކޮށްފަ އެވެ.
އިންޑިއާގެ މިނިސްޓަރަކު މުސްލިމް އަންހެނަކާ ބެހޭ ގޮތުން ދެއްކި ވާހަކައަށް ފާޑު ކިޔުން
ދިއްލީ (ޖެނުއަރީ 28): އިންޑިއާގެ ޔޫނިއަން މިނިސްޓަރު އާނަންތުކުމާރު ހެގްދޭ މުސްލިމް އަންހެނަކާ ބެހޭ ގޮތުން ދެއްކެވި ވާހަކައަށް ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވެއްޖެ އެވެ. އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ މެމްބަރެއް އަދި ޔޫނިއަން މިނިސްޓާ އޮފް ސްޓޭޓް ފޯ ސްކިލް ޑެވެލޮޕްމެންޓް، ހެގްދޭ ވަނީ މީގެ ކުރިންވެސް މީހުންގެ ނުރުހުން އަމާޒުވާ ފަދަ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން އިއްޔެ "ހިންދޫ އަންހެން ކުދިން ރައްކާތެރި ކުރާނެ" ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އޭނާ ވަނީ "ހިންދޫ ކުއްޖެއްގެ ގަޔަށް އަތްލާ މީހުންގެ އަތް ކަނޑާލަން ޖެހޭ" ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފަ އެވެ. އަދި އޭނާ ވަނީ ތާޖް މަހަލް ބިނާ ކުރީ މުސްލިމުން ނޫން ކަމަށާއި އެއީ ހިންދޫ ރަސްކަލެއް ބިނާ ކުރި ފައްޅިއެއް ކަމަށް ވިދާޅުވެފަ އެވެ. އޭގެ ސަބަބުން ކަރުނާޓަކާގެ ކޮންގްރެސްގެ ރައީސް ދިނޭޝް ގުންޑޫ ރާއޯ ވަނީ އެވާހަކަތައް ކުށްވެރިކޮށްފަ އެވެ. އަދި އެފަދަ ވާހަކަ ދައްކަވާ މީހަކު މިނިސްޓަރު ކަމަށާއި މަޖިލިސް މެމްބަރު ކަމަށް އިންތިހާބު ކުރުމަކީ ހިތާމަވެރި ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ރާއޯއަށް ރައްދު ދެއްވަމުން ހެގްދޭ ވަނީ ރާއޯގެ ކާމިޔާބީތަކާ ބެހޭ ގޮތުން ސުވާލު އުފައްދަވާފަ އެވެ. އަދި ރާއޯ އެނގިފައި ވަނީ ހަމައެކަނި "މުސްލިމް އަންހެނެއްގެ ފަހަތުގައި ހުރެގެން (މަޖިލީހަށް) ވާދަ ކުރި މެމްބަރު"ގެ ގޮތުގައި ކަމަށް ވިދާޅުވެފަ އެވެ. ރާއޯގެ އަންހެނުން ތާބޫ ރާއޯއަކީ މުސްލިމެކެވެ. އަދި ތާބޫ ވަނީ އޭނާއަކީ ސިޔާސީ މަގާމެއްގައި ހުންނަ މީހެއް ނޫން ކަމަށާއި އެހެންކަމުން އޭނާ މުސްލިމަކަށްވީތީ، އޭނާގެ ފިރިމީހާއާ ގުޅުން ހުރި ސިޔާސީ މައްސަލަތަކުގެ ތެރެއަށް އޭނާ ނުވެއްދުމަށް ގޮވާލާފަ އެވެ. އަދި ހެގްދޭއަށް ފާޑު ވިދާޅުވި ފަރާތްތަކުގެ ތެރޭގައި ކޮންގްރެސް ޕާޓީގެ ރައީސް ރާހުލް ގާންދީވެސް ހިމެނެ އެވެ. ރާހުލް ގާންދީ ވަނީ ހެގްދޭ އަކީ "އިންޑިއާގެ ހުރިހާ ރައްޔިތުންނަށް ހުރި ލަދެއް" ކަމަށާއި އޭނާ މިނިސްޓަރު ކަމުން ދުރުކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. މީގެ ކުރިން 2017 ވަނަ އަހަރު ހެގްދޭ ވަނީ އިންޑިއާއަކީ ތަފާތު ދީންތަކަށް ޖާގަދޭ ގައުމަކަށް ގާނޫނު އަސާސީގައި ބުނާ މާއްދާ ބީޖޭޕީން ބަދަލު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ސަބަބުން އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި އެކި ދީންތަކުގެ މީހުން ވަނީ ހެގްދޭއާ ދެކޮޅަށް މުޒާހަރާކޮށްފަ އެވެ.
އިންޑިއާގެ މިނިސްޓަރަކު މުސްލިމް އަންހެނަކާ ބެހޭ ގޮތުން ދެއްކި ވާހަކައަށް ފާޑު ކިޔުން
ސަރުކާރު ކޯލިޝަން ދެމެހެއްޓުމަށް އަދާލަތުޕާޓީއިން މަސައްކަތްކުރާނެ ކަމަށް އެ ޕާޓީ އިން ބުނެފިއެވެ. އަދާލަތު ޕާޓީގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް އަޣުލަބިއްޔަތު ހޯދައިދިނުމަށް އެ ޕާޓީ އިން މަސައްކަތް ކުރާނެ ކަމަށެވެ. "ޕާޓީގެ މަސްލަހަތަށް ރިއާޔަތްކޮށްގެން ޤައުމުގެ ހަމަޖެހުމަށް އިސްކަންދީގެން ކުރިއަށްދިއުމަކީ އަދާލަތު ޕާޓިގެ އަބަދުވެސް ވިސްނުން،" އެ ޓްވީޓުގައި ބުނެފައިވެއެވެ. އަދާލަތު ޕާޓީ އިން މިހެން ބުނެފައިވާއިރު ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކާއެކު މަޝްވަރާކޮށް ކޯލިޝަން ހަދަން ޖޭޕީ އިން ތައްޔާރަށް އޮތްކަމަށް ވިދާޅުވެފައެވެ. ގާސިމް މިފަދަ މޭރުމަކުން ރޭ ޓްވީޓު ކުރައްވާފައިވާއިރު ސަރުކާރު ހިންގާ ކޯލިޝަން އެކުގައި މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ބަދަލުގައި އެމްޑީޕީ އިން މަޖިލިސް އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމުމުން ގާސިމް އާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ބަދަލު ކުރައްވައިފައެވެ. އެމްޑީޕީ ޕްރައިމަރީގެ ނަތީޖާ އިއުލާނު ކުރަމުންދިޔަ ވަގުތު ގާސިމް ރޭ ވިދާޅުވީ "މަޖިލިހުގެ ގޮނޑިތަކަށް ކުރިމަތިލުމުގައި ޖޭޕީއާއެކު ގުޅިގެން މަޖިލިހުގެ ގޮނޑިތަކަށް ކުރިމަތިލުމަށް ހުރިހާ ބަޔަކާ ވާހަކަދައްކަން ޖޭޕީ ތައްޔާރު ވެއްޖައިން" ކަމަށެވެ. އަދި އެމްޑީޕީ އަށް ފާޑު ވިދާޅުވެ ގާސިމް ކުރެއްިވ ޓްވީޓެއްގައި ވިދާޅުވީ މްޑީޕީއަށް ވެރިކަން ލިބުނީމަ މިފަހަރުވެސް ޖޭޕީ މަގުމައްޗަށް އެއްލާލީ ކަމަށެވެ. އަދި ޖޭޕީއަށް މިޖެހުނީ މިފަހަރުވެސް ސަލާން ޖަހަންކަމަށް ގާސިމް ވިދާޅުވިއެވެ. ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާ ދެމެދު މައްސަލަތަކެއް އުފެދި ކޯލިޝަން ރޫޅިދާނެ ކަމުގެ ބިރު ހީވެފައިވާއިރު އެމްޑީޕީ އިން ރޭ ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ ރައްޔިތުންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް އެމްޑީޕީގެ ބޮޑުބައެއް ރައްޔިތުންގެ މަޖިލީހުގައި އޮންނަން ޖެހޭ ކަމަށެވެ. ކޯލިޝަންގަިއ ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ވެސް ވަނީ ކޯލިޗަން ރޫޅުނަ ނުދީ ހިފެހެއްޓުމަށް ގޮވާލައްވައިފައެވެ.
ކޯލިޝަން ދަމަހައްޓައި ސަރުކާރަށް މަޖިލިސް އަޣުލަބިއްޔަތު ހޯދައިދޭނަން: އަދާލަތު
ކެންސަރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އިން ތަޢާރަފުކުރާ "އެކްޓިވް ވާކްޕްލޭސް" ހަރަކާތްތައް އިފްތިތާހްކޮށްފި އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އެކަމަށް ޓަކައި ބޭއްވި ހާއްސަ ހަފުލާއެއްގައި އެ ހަރަކާތްތައް އިފްތިތާހްކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ. އެ ހަރަކާތް އިފުތިތާޙު ކުރުމަށް ބޭއްވި ހަފުލާގައި ފައިސަލް ވިދާޅުވީ ދުނިޔޭގެ ކެންސަރުބަލީގެ ދުވަސް ފާހަގަކުރަމުންދާ އިރު ވިސްނާލަން ޖެހޭ ވަރަށް ބައިވަރު ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އެ ބަލިޖެހެމުންދާ މީހުން އިތުރުވަމުން އަންނާތީ އެބަލިން ސަލާމަތްވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ. އެގޮތުން ފައިދާހުރި ކާނާ ކެއުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ޓަކައި ކޮންމެ ދުވަހަކު ކަސްރަތުކޮށް ހެލިފެލިވެ އުޅުމަށާއި ސިއްހަތަށް ގެއްލުން ހުރި ކަންކަމުން ދުރުހެލިވުމަށް އިލްތިމާސް ކުރެއްވި އެވެ. އަދި ކެންސަރަށް މަގުފަހިވާ އަމަލުތަކުގެ ތެރޭގައި ހިމެނޭ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލި ވުމަށާއި ޒުވާނުން އެކަމުން ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަށް ވެސް އެމަނިކުފާނު ގޮވާލެއްވެވި އެވެ. ދުޅަހެޔޮ ހަށިހެޔޮ މުޖުތަމަޢެއް ބިނާ ކުރުމަކީ ސަރުކާރުގެ މުހިންމު ވަޢުދެއްކަން ފާހަގަކުރައްވައި އެކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަރަށް އިސްކަމެއްދެއްވާ ކަމެއްކަމުގައި ވެސް ވިދާޅުވި އެވެ. އަދި އެކަމުގައި ރައީސް އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވާކަން ފައިސަލް ފާހަަގަކުރެއްވި އެވެ.
"އެކްޓިވް ވާކްޕްލޭސް"ގެ ހަރަކާތްތައް އިފްތިތާހްކޮށްފި
ބްރެޒިލްގެ ތަރި ނޭމާ ޖޫނިއާ ނުލައި ޕީއެސްޖީން އެންމެ ފަހުން ކުޅުނު މެޗުން ފަސޭހަ ކަމާއެކު ރެނެސްގެ މައްޗަށް ކުރި ހޯދައިފިއެވެ. ފްރާންސް ލީގުގެ އެއް ވަނައިގައި އޮތް ޕީއެސްޖީ އަދި ދިހަ ވަނައިގައި އޮތް ރެނެސް ބައްދަލު ކުރި މެޗު 1-4ގެ ނަތީޖާ އަކުން ޕީއެސްޖީ ކާމިޔާބު ކުރި އިރު އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުން ތެރިޔާ ނޭމާ އަނިޔާގެ ސަބަބުން ކުޅެފައެއް ނުވެއެވެ. ޕީއެސްޖީގެ ތަރި ނޭމާ ޖޫނިއާ ޖޫނިއާ -- ފޮޓޯ / ޑޮމް ފެރަލް އެޑިސަން ކަވާނީގެ ދެ ލަނޑާއި އަންހެލް ޑި މާރިއާގެ ލަނޑެއްގެ އިތުރުން ކިލިއަން އެމްބާޕޭގެ ލަނޑެއް އިއްޔެރޭގެ އެ މެޗުން ފެނިގެން ގޮސްފައި ވެއެވެ. ރެނޭސް އިން ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ޖަހައިދިނީ އެމްބަޔޭ ނިއަންގް އެވެ. މި މޮޅާއެކު ޕީއެސްޖީއިން ވަނީ ފްރާންސް ލީގުގެ އެއްވަނައިގައި 13 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. މި ސީޒަނުގައި ލީގު އެއްވެސް މެޗަކުން ބަލި ނުވެ ކުޅެމުން އަންނަ ޕީއެސްޖީ ލީގު ހޯދުމާ ގާތަށް ޖެހިލި އިރު އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ނޭމާ ޖޫނިއާ މިވަގުތު ހުރީ އިންޖަރީގެ ސަބަބުން ކުޅުމާ ދުރުގައެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ނޭމާ ޖޫނިއާއަށް ވަނީ އެންމެ ފަހުން ލީގު ކަޕުގައި ސްޓަރަސްބާގްއާއި ޕީއެސްޖީ ވާދަ ކުރި މެޗުގައި އަނިޔާ ވެފައެވެ. އަދި އަންނަ މަހު ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އާއި ޕީއެސްޖީ ބައްދަލު ކުރާ މެޗަށް އޭނާ ފިޓު ވާނެ ކަމާ މެދު ވަރަށް ޝައްކު ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓަޗެލް ވަނީ ބުނެފައެވެ. "ވަރަށް އުނދަގޫ ކަމެއް އެއީ އެ މެޗަށް [ޗެމްޕިއަންސް ލީގު] އޭނާ އެނބުރި އައުން. އަދި އަވަސް އެކަމާ ދޭތެރޭ އެއްޗެކޭ ބުނަން." ނޭމާގެ އެނބުރި އައުމާ ބެހޭގޮތުން ވާހަކަ ދައްކަމުން ތޯމަސް ޓަޗެލް ބުންޏެވެ.
ނޭމާއާ ނުލައި ޕީއެސްޖީއަށް ފަސޭހަ މޮޅެއް
ޖެނުއަރީ މަހު ދައުލަތަށް ލިބުނު އާމްދަނީ 1.5 ބިލިއަން ރުފިޔާއަށް އަރައިފި އެވެ. ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމުކުރާ ތަފާސް ހިސާބުތައް ދައްކާގޮތުން ފެބުރުއަރީ މަހުގެ ދެވަނަ ދުވަހާ ހަމައަށް މި އަހަރު ލިބުނު އާމްދަނީ އަކީ 1.5 ބިލިއަން ރުފިޔާ އެވެ. އޭގެތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބުނު 1.13 ބިލިއަން ރުފިޔާ އާއި އެހެނިހެން އާމްދަނީގެ ގޮތުގައި ލިބުނު 4.3 މިލިއަން ރުފިޔާ އެވެ. ވޭތުވެ ދިޔަ މަހުގެ އާމްދަނީ ވަނީ ކުރި ހަރަދަށް ވުރެ އިތުރުވެފަ އެވެ. މިދިޔަ މަހު ދައުލަތުން ހަރަދުކޮށްފައި ވަނީ 1.2 ބިލިއަން ރުފިޔާ އެވެ. އެއީ ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް 767.7 މިލިއަން ރުފިޔާ އާއި އެހެނިހެން ހަރަދުތައް ވެސް ހިމެނޭ ގޮތަށެވެ. މިދިއަ މަހު ސަރުކާރުގެ ދަތުރުތަކުގެ ހަރަދަށް 11.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެޑްމިނިސްޓްރޭޓިވް ސާވިސްއަށް 84 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ތަރައްގީގެ މަޝްރޫއުތަކަށް 48.7 މިލިއަން ރުފިޔާ މިދިޔަ މަހު ވަނީ ހަރަދުކޮށްފަ އެވެ. އަދި ޕަލިކް ސެކްޓާ އިންވެސްޓްމެންޓަށް 10.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ދައުލަތަށް މިއަހަރު ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ އަކީ 23 ބިލިއަން ރުފިޔާ އެވެ. ދައުލަތަށް ފާސްކޮށްފައި ވަނީ 30 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ޖެނުއަރީ މަހު ދައުލަތަށް 1.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް
އަންހެނުން ބާރުވެރި ކުރުމާއި، ނިންމުންތައް ނިންމާ މަގާމުތަކުގައި އަންހެނުންގެ ދައުރު ފުޅާ ކުރުމުގެ މުހިއްމުކަމުގެ ބަހުސަކީ މިހާރު އާ ވާހަކައަކަށް ނުވާނެއެވެ. އަންހެނުންނާއި ފިރިހެނުން ހަމަހަމަކަށް ވަކާލާތު ކުރާ މި ޒަމާނުގައި އަންހެނުންނަށް ފިރިހެނުންނެކޭ އެއްފަދައަކުން ފުރުސަތުތައް ލިބިދެން ޖެހެއެވެ. ޑިމޮކްރަސީއެއްގައި އަންހެނުންނަށްވެސް ފިރިހެނުންނެކޭ އެއް ފަދައިން ފުރުސަތުތައް ހަމަހަމަ ކަމާއެކު ލިބިދެއެވެ. ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މިދިޔަ ހަފްތާ ވިދާޅުވީ އިންތިހާބުތައް ކާމިޔާބުކުުރުމުގައި އަންހެނުންނަށް އަދިވެސް ދަތިތައް އެބަހުރި ކަމަށެވެ. ނިންމުންތައް ނިންމާ ފެންވަރުގައި އަންހެނުންނަށް ފުރުސަތު ކުޑަ ކަމަށާއި ސިޔާސީ މަސައްކަތުގައި އަންހެނުން އިސް ދައުރެއް އަދާކުރި ނަމަވެސް ސިޔާސީ މަގާމުތަކުގައި އަންހެނުން ހަރަކާތްތެރިވާ މިންވަރު މަދުކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އެ ވާހަކަފުޅުގެ ތެދުކަން ހާމަވީ އިއްޔެ ނިމިގެންދިޔަ އެމްޑީޕީގެ ޕްރައިމަރީގެ ނަތީޖާއިންނެވެ. ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އިން ބޭއްވި ޕާޓީގެ އެތެރޭގެ އިންތިހާބުގައި 21 އަންހެން ކެނޑިޑޭޓުން ވާދަކުރެއްވިއެވެ. އޭގެ ތެރެއިން އިންތިހާބު ކާމިޔާބު ކުރައްވައި ޓިކެޓު ކަށަވަރު ކުރެއްވީ ތިން ކަނބަލެކެވެ. މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާ ގައި ހިޔާލު ފާޅުކުރި މީހަކު ބުނެފައިވަނީ ގިނަ ކަނބަލުންތަކެއް ވާދަކުރި އިންތިހާބަކުން އެންމެ ތިން ކަނބަލަކަށް ކާމިޔާބު ލިބުމަކީ ފަހަތަށް އެޅި ފިޔަވަޅެއް ކަމަށެވެ. ޕްރައިމަރީގައި ވޯޓުލާނީ ޕާޓީގެެ މެންބަރުންކަމަށްވާއިރު، އަންހެނުންނަށް ފުރުސަތު ދިނުން އޮތީ ޕާޓީގެ މެންބަރުންގެ އަތްމަތީގައެވެ. އެމްޑީޕީ ޕްރައިމަރީގައި ޓިކެޓު ކަށަވަރުކުރެއްވި އަންހެން ކެނޑިޑޭޓުންނަކީ ބ. ތުޅާދޫ ދާއިރާގެ ޓިކެޓު ކަށަވަރިކުރެއްވި ގާނޫނީ ވަކީލް ހިސާން ހުސައިން އާއި ޅ. ހިންނަވަރު ދާއިރާގެ ޓިކެޓު ކަށަވަރު ކުރެއްވި ޖީހާން މަހުމޫދުގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ ޓިކެޓު ކަށަވަރު ކުރެއްވި ރޮޒައިނާ އާދަމްއެވެ. ގަލޮޅު އުތުރު ދާއިރާގެ މެންބަރުކަން މިހާރުވެސް ކުރައްވާ އީވާ އަބްދުﷲ ވަނީ އެދާއިރާގެ ޓިކެޓު ކަށަވަރު ކުރައްވައިފައެވެ. ޕްރައިމަރީގައި އީވާއާ ވާދަކުރުމަށް އެހެން ކެނޑިޑޭޓަކު ކުރިމަތި ލައިފައެއް ނުވެއެވެ. ރާއްޖޭގެ ސިޔާސީ މަގާމުތައް އަދާކުރާ އަންހެން ކަނބަލުންގެ އަދަދު ނިސްބަތުން ކުޑައިރު މިހާރު ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ ފަސް އަންހެން މެންބަރެކެވެ. ނިންމުންތައް ނިންމާ މަގާމުތަކަށް ގާބިލް އަންހެން ކަނބަލުން އިންތިހާބު ކުރުމަކީ އަންހެނުން ބާރުވެރި ކުރުމުގައި ރާއްޖެއަށް ކުރިއަށް އެޅޭ ފިޔަވަޅަކަށް ވާނެއެވެ.
އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ތިން ކަނބަލުން!
ތަންކޮޅެއް ދުރުން އިޒިއަންގެ ރައްޓެއްސެއް އޭނާގެ ލޮލުގައި އަޅައިގަތުމާއެކު އަނާލް ގާތު މަޑުކޮށްލަން ބުނެލާފައި އިޒިއަން އެ އެކުވެރިޔާއަށް ހަނާ އަޅާލަމުން ހިނގައިގަތެވެ. އިޒިއަން ދިޔަ ދިމާ ބަލަން އިން އަނާލް ސިހުނީ ކުއްލިއަކަށް މީހަކު އޭނާގެ ނަމުން ގޮވާލުމުންނެވެ. "އަނާލް!..." ކަންފަތުގައި އެ އަޑު ޖެހުމާއެކު ހަށިގަނޑުގެ ހުރިހާ ނާރުތަކަކަށް ވެސް އެނގުންވި ފަދައެވެ. އާދަޔާ ހިލާފް ކަމެއް ހަށިގަނޑަށް ވެރިވެގެން ދިޔައެވެ. އެ އަޑު އަހަން ބޭނުން ނުވުމުން ކަމެއް ނޫނީ އެ އަޑު އަހަން ކެތް މަދުވީ ކަމެއް ނޭނގެއެވެ. މަޑުމަޑުން މޫނު އަނބުރާލުމާއެކު އަނާލްއަށް އޭނާގެ ކުރިމަތީ ހުއްޓި ހުރި ޔުމާންއަށް ނަޒަރު ހުއްޓާލެވުނެވެ. "އަނާލް! ކިހިނެތްތަ؟ ކުރިން ވެސް އަހަރެން ވާހަކަ ދެއްކީމަ އަޅައެއްނުލީމެއްނު." ޔުމާން އަހާލިއެވެ. އަނާލް އެއްވެސް އެއްޗެއް ބުނާ ހިޔާލެއް ނުކުރިއެވެ. އޭނާ ޔުމާންއަށް ބަލާލަމުން އަނެއްކާވެސް އިޒިއަން ދިޔަ ދިމާލަށް ބަލާލިއެވެ. އޭނާއާ ފުރަގަހައްވާ ގޮތަށް ތަންކޮޅެއް ދުރުގައި އެކުވެރިއަކާއެކު ވާހަކަ ދައްކަން ހުރިތަން ފެނުނެވެ. "އެއީ އަނެއްކާ އަނާލް ގެ މިހާރުގެ...." ޔުމާންގެ ޖުމްލަ މެދު ކަނޑާލަން ޖެހުނީ އަނާލް ބަލާލި ގޮތުންނެވެ. ދެބުމަ ގޮށްޖެހިފައި ވީއިރު އެ މޫނުމަތިން ނަފްރަތު ނޫން އެއްޗެއް ޔުމާންއަކަށް ނުފެނުނެވެ. "ބޭބީ! ޔޫ އާ ހިއާޔ..." ޔުމާންއާއި އަނާލްއާ ދެމީހުން ވެސް ސިހުނީ އަންހެންކުއްޖަކު ކުއްލިއަކަށް އައިސް ޔުމާންގެ އަތުގައި އޮޅުލައިގަތުމުންނެވެ. އެ ކުއްޖާ ޔުމާންގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު ޔުމާންގެ ނަޒަރު ހުރީ އަނާލްއަށް ހުއްޓިފައެވެ. އަނާލްގެ ނަޒަރު އެ ކުއްޖާއަށް ހުއްޓުނެވެ. އޭނާގެ ރާޅުބާނީ އިސްތަށިގަނޑު އެއްކޮނޑާ ދިމާލުން ގެނެސް ކުރިމައްޗަށް ވާގޮތަށް ވައްޓާލެވިފައި އޮތް އިރު މޫނުމަތިން މޭކަޕް ކޮށްފައި ހުރިކަމުގެ އަސަރުތައް ފެނެއެވެ. އެގޮތުން ތުންފަތުގައި ރަތް ކުލައިގެ މޭކަޕެއް ޖައްސާލާފައި ހުރިއިރު ދެކޯތާފަތުގައި ޖައްސާފައި ހުރި ބްލަޝް ވެސް މާދުރަށް ފާހަގަ ވާނެކަން ޔަގީނެވެ. ހަމުގެ ކުލަ އައްޔެވެ. ލާފައިވަނީ ނޫކުލައިގެ ގަމީސް ހެދުމެކެވެ. ކަޅުކުލައިގެ ޖީންސް އެއްގައި ހުރިއިރު އަރާފައިހުރީ ކުޑަކޮށް އުސްކޮށް ހުރި ވެޖް އަކަށެވެ. ޔުމާންގެ ފަހަތަށް އެއްފަރާތުގައި ހުރި އަންހެން ކުއްޖާއަށް ޔުމާންގެ ނަޒަރު ހުރި ދިމާލަށް ބަލާލެވުނެވެ. އެއާއެކު އޭނާގެ ދެ ބުމަ ގޮށްޖެހިގެން ދިޔަތަން އަނާލްއަށް ވަރަށް ރީއްޗަށް ފެނުނެވެ. އެ ކުއްޖާ އަނާލްއާ ދިމާލަށް ކަޅިއަކާލިއެވެ. އަނާލްގެ މޫނުމަތިން އެއްވެސް އަސަރެއް ނުދައްކާ ވޭތޯ އޭނާ މަސައްކަތް ކުރަމުން ދިޔައެވެ. "މީ ދޯ އޭނާ އަކީ؟" ނުރުހުން އެކުލެވޭ އެ އަންހެން ކުއްޖާގެ އަޑު އަނާލްއަށް އިވިލިއެވެ. އެ އަންހެން ކުއްޖާ ހުރިގޮތުން އަނާލްއަށް އޭނާއާ ޔުމާންއާ ދެމެދު އޮތް ގުޅުން ލަފާކޮށްލެވުނެވެ. "ޔަގީނޭ އެ ވާނީ އޭނާގެ..." އަނާލްގެ ހިތަށް އަރަ އަރާހުރި ޖުމްލަ މެދުކެނޑުނުފަދައެވެ. އެ އަންހެން ކުއްޖާގެ ފައިން ފެށިގެން ބޮލާ ހިސާބަށް ބަލާލި އަނާލްގެ ލޮލުގައި ބޮޑުވެފައިވާ ބަނޑު އަޅައިގަތުމާއެކު ސިކުނޑި މަސައްކަތް ކުރުން ހުއްޓުނު ފަދައެވެ. މޭތެރޭގައި މަލަން އަޅާ ފޮރުވާލެވިފައިވާ ޒަޚަމްގަނޑު އަލުން ފާރުވެގެން ދިޔަ ފަދަ އިޙްސާސް އެއް ކުރެވިގެން ދިޔައެވެ. "މީ ދޯ އެ އަންހެނާ އަކީ؟ ކިތަންމެ ވަރަކަށް ކަލޭ ޔުމާންއަށް ތުއި ދެއްކިޔަސް ދެން މި ޔުމާން އެއް ކަލޭގެ ފަހަތަކުން ނުދުވާނެ، މީނަ ފަހަތުން ދުވާ ވައްތަރަކަށް ވިއްޔަ މީހާގެ ހާލަތު އިނީ. ހަހަ، ފާޑެއްގެ ޕްރޮޖެކްޓެއް ހިންގަން ފަށައިގެން ނޫސްވެރިންގެ ސަމާލްކަން ހޯދިނަމަވެސް ކަލޭއަކަށް ދުވަހަކުވެސް މިކަހަލަ މީހަކަށް ނުވެވޭނެ... ނުފޯރާ ފޮތިން ފޫ ގަޅަން ނޫޅޭ!... " އަމިއްލަ ފައި ހިއްލާލާ އަނާލްގެ ފައިގައި ޖަހާލަމުން އެ އަންހެން ކުއްޖާ ފޮނުވާލި ވިހަގަދަ ތީރުތައް އެއްވެސް ހުރަހެއްނެތި އަނާލް ގެ މެއަށް ހެރިގެން ގޮސްފިއެވެ. އެ ހިތުން ލޭ ކޮށެވިގެން ހިނގަޖެއްޖެއެވެ. ފުން ޒަޚަމްތަކެއް އެ ހިތުގައި ލެވިއްޖެއެވެ. ލޮލުން ކަރުނަ ހިލުނީ އެހެންވެއެވެ. ހީވީ ފަސޭހަ ނުވާ ފާރުގަނޑުގައި މީހަކު ވިކައިގަތް ހެންނެވެ. އާދޭސް އެކުލެވިގެންވީ ބެލުމަކުން ޔުމާންއަށް ބަލާލެވުނީ އެހީތެރިކަމާ މަދަދަށް އެދޭ ހާލުގައެވެ. އެ ވިހަގަދަ ބަސްތައް އެ އަންހެނާގެ ދުލުން ބޭރުކުރުން ޔުމާން ހުއްޓުވާތޯ އަނާލްއަށް ދުޢާ ކުރެވުނެވެ. ޔުމާންގެ ކިބައިން އުންމީދު ކުރެވުނެވެ. އެހެންނަމަވެސް އެއްވެސް އަސަރެއް ޔުމާންގެ މޫނުމައްޗަކުން އަނާލްއަކަށް ނުފެނުނެވެ. ޔުމާންގެ ނަޒަރު އެންމެ ހިނދުކޮޅަކަށް ވެސް އަނާލްއާ ވަތްކެތް ނުވިއެވެ. ތުންފަތް ފިއްތާލެވުނީ ބާރަށް ރޮވިދާނެތީއެވެ. ނުހިނގުނު ކަމުގައި ވިނަމަވެސް އެމޭ މޭތޭރޭގައި ވެސް ވަނީ ހިތެކެވެ. އިޙްސާސްތަކެއް ލައްވާފައިވެއެވެ. ފައި ނޫނީ އެހެން ހުރިހާ ގުނަވަނެއް އަދި ސަލާމަތުން އެބަހުއްޓެވެ. ވޭން ވެސް އަޅައެވެ. އިސްޖަހާލެވުނީ ދެލޯ މަރާލަމުންނެވެ. ތަންކޮޅެއް ދުރުގައި ހުރި އިޒިއަން އެކުވެރިޔާއާ ވާހަކަ ދައްކާލުމަށްފަހު އެނބުރި އަނާލްއަށް ބަލާލިއެވެ. އަނާލް އިނީ އިސްޖަހައިގެންކަން ދެނެގަންނަން އޭނަ އަކަށް އުނދަގުލެއް ނުވިއެވެ. ފިރިހެން މީހަކާ އަންހެންމީހެއް ހުރިއިރު އިރު އިރުކޮޅަކާ އެ އަންހެން މީހާ އަނާލްއާ ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލާ އިންޒާރު ދެމުން ދިޔަ ތަން އިޒިއަންގެ ލޮލުގައި އަޅައިގަތުމާއެކު ބާރު ފިޔަވަޅުތަކެއްގައި އެ ދިމާލަށް މިސްރާބުޖެހިއެވެ. "ކަލޭ! ހަމަ މިހާރު އަހަރެމެންގެ ކުރިމަތިން ދުރަށް ދޭ، މީ މިހާރު އަހަރެންގެ ފިރިމީހާ، އަހަރެންގެ ބަނޑުގައި މި އޮތީ އަހަރެމެންގެ ދެމީހުންގެ ދަރިއެއް... ހަހަ" މޫނަށް ޖައްސާލި ނުބައި ވައްތަރާއެކު އެ އަންހެންކުއްޖާ އަނާލް ކޮއްޕާލިއެވެ. ނުވިސްނާ އިން އަނާލްގެ އަނގައިން ހަޅޭކެއް ބޭރުވެގެން ދިޔުމާއެކު ދެލޯ މަރާ ބާރުކޮށްލެވުނެވެ. "އަނާލް" ޔުމާންގެ އަޑު އިވުނެވެ. "ޒަހްވާ ކީއްތިކުރީ....؟" ޔުމާން ދެވަނަ ފަހަރަށް ބުނެލީ ނުރުހުންތެރިކަމާއެކުގައެވެ. މިފަހަރު އޭނާގެ ބަސްތައް އަމާޒުވީ ޒަހްވާއަށެވެ. ގޮނޑި ކުޑަކޮށް ފަހަތަށް ދިޔަ ގޮތަށް އަނާލްގެ ކޮންޓްރޯލް ދޫވެ ފުރޮޅާލީއެވެ. ބިރުވެރިކަމުން ހިތް ފުރިގެން އައި ވަގުތުކޮޅެކެވެ. މީހާގެ ހިތުގެ ތެޅުން ބާރުވެ ބޭރަށް ފުންމާލާފާނެހެން ހީވިއެވެ. އެހެންނަމަވެސް ދެލޯ ހުޅުވާލަން މަޖުބޫރުވީ ގޮނޑި އެއްއަރިއަކަށް ޖެހިލުމަށްފަހު ހުއްޓުމުންނެވެ. މަޑުމަޑުން ގޮނޑި ތިރި ކޮށްލުމާއެކު އަނާލް ހިފައްޓައިގެން އިން ނޭވާ ބޭރުކޮށްލިއެވެ. އުންމީދު ކުރެވުނީ ޔުމާން އޭނާ ސަލާމަތް ކުރި ކަމަށެވެ. އެހެންނަމަވެސް ދެލޯ ހުޅުވާލުމާއެކު ފެނުނު މަންޒަރުން އެއީ ކުށް ހީއެއްކަން ޔަޤީންވިއެވެ. ޔުމާންގެ ލޮލަށް ބަލާލެވުނީ ޝަކުވާކުރާ ހާލުގައެވެ. ޔުމާންގެ ހިތުގައި އޭނާއާ މެދު އެއްވެސް ރަޙްމެއް ނެތީހެއްޔެވެ؟. ފަހަތަށް މޫނު އަނބުރާލިއިރު އިޒިއަން ފެނިގެން އޭނާއަށް ތުންފިއްތާލެވުނެވެ. އިޒިއަންގެ ލޮލާ ލޯ އަމާޒުވި އަނާލްއަށް ވީގޮތުން އިޒިއަންގެ ހިތަށް ދަތުވިއެވެ. އެ ދެލޮލުގައި ވަނީ ކޮންފަދަ ވޭނީ އަސަރެއްހެއްޔެވެ؟ އެ ދެލޮލުން އޭނާއަށް ފެނުނު މާޔޫސްކަމުގެ ކުލަވަރުގެ ސަބަބުން ދެފައިން ވާގި ދޫވާހެން ހީވިއެވެ. ނޭނގިނަމަވެސް އަނާލްގެ ކުރިމަތީގައި ތިބި ދެމީހުންނާ ދޭތެރޭ އޭނާގެ ހިތުގައި ނަފްރަތުގެ ހުޅު ރޯކުރެވިގެން ހިނގައްޖެއެވެ. އަނާލްގެ ކުރިމައްޗަށް އިޒިއަން އެރުމާއެކު ޒަހްވާ ވާހަކަދައްކަން ފެށިއެވެ. "ތަނަކުން ރީތި ސްމާރޓް ފިރިހެނެއް ފެންނައިރަށް ފަހަތުން އަޅުވައިގަނެގެން ނެއްޓެން ނޭނގިގެން އުޅެން ހަދައިގެން ލިބުނު ލަޑެއް އެއީވެސް، އަދިވެސް ވިސްނޭ....." "އިނަފް!" ސިހުނީ ޔުމާންއާއި އިޒިއަން އާއި ދެމީހުންގެ އަޑުންނެވެ. ޒަހްވާއަށް އޭނާގެ ޖުމްލަ މެދުކަނޑާލެވުނެވެ. "ޒަހްވާ! އަނާލްއަކީ އަހަރެންނަށް ބޭކާރު މީހެއް، އަހަރެންގެ ހައްގަކީ ތީ، ކޮބާތަ މައްސަލައަކީ؟ އޭނަ ކިތަންމެ ވަރަކަށް ކަރުނަތަށް ބޭލިޔަސް އަހަރެންގެ ހިތަށް އެއްވެސް އެއްޗެއް ނާރާނެކަން އެނގެއެއްނު. ތީ ބޭކާރު މަސައްކަތެއް... މީހަކު އެއްޗެކޭ ބުނެލާއިރަށް ކުޑަ ކުއްޖެއްހެން ރޯން ފެށުން ނޫންކަމެއް ކުރާކަށް ނޭނގޭނެ... ހިނގާ ދާން" ޔުމާން ޒަހްވާގެ އަތުގައި ހިފައިގެން ދުރަށް ހިނގައިގަތް އިރު އޭނާގެ ފަހު ޖުމްލަ އަމާޒު ކުރީ އަނާލްއަށެވެ. އަނާލްގެ ދެލޮލުން ހޯސްލާފައި ކަރުނަތައް އޮހިގަތެވެ. އެވަގުތު އޭނާގެ ހިތަށް ލިބިގެން ދިޔަ ވޭންތަކަކީ ދުވަހަކުވެސް ހިތުން ފިލުވައިލަންދަތި ކަމަކަށް ވާނެކަން ޔަޤީނެވެ. އަނާލްގެ ގިސްލުމުގެ އަޑު އިޒިއަންގެ ކަންފަތުގައި ޖެހުނީ އެވަގުތުއެވެ. ފަސް އެނބުރި ބަލާލިއިރު އަނާލް އިނީ ދެއަތުން މޫނު ފޮރުވާލައިގެންނެވެ. އިޒިއަން ގަޑިއަށް ބަލާލިއެވެ. ފަނަރަ މިނިޓްއަށް ވެއްޖެއެވެ. މަޑުމަޑުން އަނާލްގެ ގޮނޑި އެތަނުގައި ހުރި ބެންޗް ކައިރިއަށް އިޒިއަން ޖައްސާލިއެވެ. އަދި އިޒިއަން އެ ބެންޗްގައި އިށީނެވެ. އަނާލްގެ ގިސްލުމުން އެ ހިތަށްވެސް ފުން އަސަރުތަކެއް ކޮށްފައިވެއެވެ. އެހެންނަމަވެސް މި ވަގުތު އޭނާއަށް މުހިންމުވީ އަނާލް ހަމައަކަށް އެޅުވުމެވެ. އެހެންކަމުން އަމިއްލަ ހިތުގައިވި ޒަޚަމްތައް މަތީ އަތް އަޅާލުމަށްފަހު އޭނާ މަޑުމަޑުން އަނާލްއަށް ގޮވާލިއެވެ. "އަނާލް!" އަނާލްގެ ފަރާތުން އެއްވެސް ކަހަލަ އިޝާރާތެއް އިޒިއަންއަކަށް ނުލިބުނެވެ. އަނާލްއަށް ދެވަނަ ފަހަރަށް ގޮވާލުމާއެކު ދުރަށް ހިނގަމުން ދިޔަ ޔުމާންއާ ޒަހްވާ އިޒިއަންގެ ލޮލުގައި އަޅައިގަތެވެ. ދަތް ކުނޑި ވިކައިގަނެވުމާއެކު އޭނާގެ ދެ އަތް މުށްކެވިގެން ދިޔައެވެ. އަމިއްލަ އަތަށް އިރުކޮޅަކު ބަލަން އިނުމަށްފަހު އޯގާތެރިކަމާއެކު އޭނާ އަނާލްގެ އަތުގައި އަތް ޖައްސާލިއެވެ. އެ އަމަލުން އަނާލް ސިހުނުކަން އޭނާއަށް އެނގުނެވެ. "ނާލް! އެކަމާ އަޅާނުލާ، އެމީހުން ކިޔާ އެއްޗަކާ އަޅާނުލާ. ނާލް ތީ ވަރަށް ހިތްވަރު ގަދަ ކުއްޖެއްނު..." އިޒިއަން ބުނެލިއެވެ. "އެ ޒަހްވާއާ ބަލާފަ އަހަރެންނަނީ ކާކު؟" މޫނު ފޮރުވައިގެން އެއިން ގޮތަށް އިނދެ އަނާލް ބުނެލިއެވެ. ޒަހްވާގެ ނަން އޭނާއަށް ޔުމާން ބުނި އަޑު އިވުނެވެ. "ނާލް! އެ އަންހެން ކުއްޖާ އާއި ނާލްއާ ހުރި ތަފާތު އަހަރެން ކިޔައިދޭން ފަށައި ފިއްޔާ މިއަދުގެ އިރު އޮއްސެން ދެން ވެސް އިނދެވިދާނެ، ނާލް ވިސްނާލަބަލަ، އެހެން މީހުންގެ އިހްސާސްތަކަށް ޤަދަރު ނުކުރާ އަންހެންކުއްޖަކީ ހާދަ ގޮތެއް ނެތް އަންހެން ކުއްޖެކޭ. އިންސާނިއްޔަތު ކަމެއްނެތް ހާދަ ރަހުމް ކުޑަ ބަޔެކޭ އެއީ. ސަލާމަތުން ތިބެ އެމީހުންނަށް މުޖްތަމަޢުމަށް ނުކޮށްދެވޭ ވަރުގެ އަގުހުރި ޚިދްމަތެއް ނާލް ކޮށްދޭން ތިއުޅެނީ... ނޫންތަ؟ އެ އަންހެން ކުއްޖާ އަށް ކިޔަނީ ކީކޭތަ؟ އާނ.....! ޒަހްވާއަށް ވުރެ މާ ބޮޑަށް ނާލް ތީ ކާމިޔާބު ކުއްޖެއް... ނޫންތަ؟ އާނ... އަނާލްއަށް ނުހިނގިދާނެ.. އެކަމަކު އަނާލްގެ ސިކުނޑި އެ ޒަހްވާއަށް ވުރެ މާ ތަނަވަސް، އޭނައަށް ހިނގާފަ އުޅެމުން ނުކުރެވޭ އެތައްކަމެއް މި ގޮނޑީގައި އިނދެގެން އަނާލް އެބަ ކުރަމެއްނު! އަހަރެން ދެކޭ ގޮތުގައި ނާލް އޭނާއަށް ވުރެ މާކާމިޔާބު... މާ ރަނގަޅު... މާ ރީތި..." އިޒިއަންއަށް ހުއްޓާލެވުނީ އޭނާގެ ހިތުގެ ހާލު ބަޔާން ކޮށްދެވޭހެން ހީވެފައެވެ. "އަދިވެސް ތެދުވެ ޕްރޫވް ކޮށްދީ، ނާލް ޔޫ ކޭން ޑޫ ދިސް ކަން....." އިޒިއަން އެންމެ ފަހުން ބުނެލިއެވެ. "ޔެސް އައި ކޭން" ރޮވުމުގެ ސަބަބުން ނޭވާ ކުރުވެ އަނާލްއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. މަޑުމަޑުން އަތް މޫނުމަތިން ދުރުކޮށްލަމުން އަނާލް ކަރުނަތަށް ފޮހެލަން އުޅުނެވެ. އެހެންނަމަވެސް ސިހުން ގެނުވީ އިޒިއަންގެ އަތް އަނާލްގެ ކޯތާފަތުގައި ބީހިލުމުންނެވެ. ވަގުތާ ހާލަތުގެ ގޮތުން އަނާލްއަށް އުނދަގޫވިނަމަވެސް އޭނާ އެކަން މަނައެއް ނުކުރިއެވެ. އިޒިއަންގެ ދެލޮލަށް އަނާލް ބަލަން އިންއިރު އެ މޫނުމަތީގައިވި އަސަރުތައް އަނާލް ދެނެގަންނަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ސިއްރުތަކުން ފުރިފައިވި އިޒިއަންގެ މޫނުމަތިން އޭނާއަށް އެއްވެސް އެއްޗެއް ދޭހައެއް ނުވިއެވެ. "އަވަހަށް މޫނުމަތި ރީތިކޮށްލާ.. ޒައުނާ ވެސް އެބަ އާދޭ މިކޮޅަށް ހަނާ އަޅަމުން..." އިޒިއަންއަށް އެއްލި ކަޅިއަކުން ޒައުނާ ފެނުމާއެކު ބުނެލިއެވެ. އަދި އޭނާ ތެދުވެ ޖީބަށް އަތް ކޮށްޕާލިއެވެ. އަނާލް އޭނާގެ ދަބަސްތެރެއިން ކުޑަލޯގަނޑު ކޮޅަކާ ފުށްދަޅެއްނަގާ މޫނުމަތި ރީތިކޮށްލިއެވެ. އެހެންނަމަވެސް އެ ދެލޮލުގައިވި ރަތްކަން ކަނޑުވައެއް ނުލެވުނެވެ. ޒައުނާއަށް ވެސް އަނާލްގެ ލޮލުން ރަތްކަން ފާހަގަ ކުރެވުމާއެކު ސުވާލު ނުކޮށެއްނުހުރެވުނެވެ. "އެއްޗެއް ލޮލަށް ވެއްޓުނީ، ދެލޯ އުނގުޅާލީނުން އެހެން މިވީ..." އަނާލް ބުނެލިއެވެ. އޭނާ އިނީ ބޮލަށް އެނބުރުން އަރާ ގޮތެއްވެސް ވެފައެވެ. މީޓިންއަށް ވަންނަން ދިޔައިރު އެ ދެމީހުންގެ ލޮލުގައި ވެސް ވާހަކައިގައި ތިބި އައްމާރު އާއި ފަހީމް އަޅައިގަތެވެ. އައްމާރު ބުނި ވާހަކައަކަށް ފަހީމް ބޯ ޖަހާލީ ހީގަނެގެން ހުރެގެންނެވެ. "ކޮބާ އެ ތިބީނު..." ފަހީމްއަށް އިޒިއަންއާއި އަނާލް ފެނުމާއެކު ބުނެވުނެވެ. އައްމާރުވެސް ހިނިތުންވަމުން އެ ދެމީހުންނަށް ބަލާލިއެވެ. ރަކީންއާއި އަފާޒުވެސް ވާހަކަ އެއްގައި ތިބެފައި ބަލާލިއެވެ. ގްރޫޕް ހަދާފައި ވާހަކަ ދައްކަން ތިބި މީހުންތައް ވެސް ފަހަރަކު މީހަކު ކަހަލަ ގޮތަކަށް މީޓިންރޫމް ތެރެއަށް ވަންނަން ފެށިއެވެ. ތެޅެމުން ފޮޅެމުން އައި ރަމްޔާ އައްމާރުގެ ލޮލުގައި އަޅައިގަތުމާއެކުއޭނާ އަށް ހިނިތުންވެވުނެވެ. ރަމްޔާއަކީ ސައިކެޓްރީ ޑިޕާރޓްމެންޓް ގެ އެކްޓިން އެޗް.އޯ.ޑީއަށް ވެފައި ޕްރޮޖެކްޓްގެ އިސް މީހެއްކަމުން ހޮސްޕިޓަލް ހިއްސާވާ ކޮންމެ މީޓިން އެއްގައި ރަމްޔާ ވެސް ބައިވެރިވާނެއެވެ. މިއަދުވެސް އޭނާ އެ އަންނަނީ ވަރަށް ބިޒީކޮށް އުޅެމުންނެވެ. ސެކްޝަން ގެ އިސްމީހަކަށްވެފައި ކުރަންޖެހޭ މަސައްކަތްތައް ބައިވަރެވެ. މަސައްކަތަށް ފަރުވާ ބަހައްޓާ ގޮތުން އައްމާރުއަށް ވެސް ރަމްޔާއަށް އިތުބާރުކުރެވެއެވެ. އެންމެން ވަދެ ހަމަޖެހުމާއެކު މީޓިން ފެށުނެވެ. ޕްރޮޖެކްޓްގައި ހިމެނޭ އިސް މީހުންގެ ތެރެއިން ފަހަރަކު ބައެއް ވާހަކަ ދެއްކިއެވެ. އެގޮތުން "ސްޓާރ ހޯލްޑާރސް" ގެ ފަރާތުން ފަހީމް އަދި "ދި ގްރޭންޑް" ގެ ފަރާތުން ފަހީމްގެ އިތުރުން ހޮސްޕިޓަލްގެ ފަރާތުން ރަމްޔާ ވެސް ވާހަކަ ދެއްކިއެވެ. އެންމެ ފަހުން އަނާލްއާއި އިޒިއަންއާ ދެމީހުން ޕްރެޒެންޓޭޝަން ހުށައެޅިއެވެ. ކުރިން ބައްދަލުވުމުގައި ޝޯޓް ލިސްޓް ކުރެވުނު ފަރާތްތަކުގެ މައުލޫމާތުތައް ދިރާސާކުރުމަށްފަހު ތަމްރީނުތަކަށް ރާއްޖޭންބޭރަށް ފޮނުވަން އެކިއެކި މީހުން ކަނޑައެޅިއެވެ. އެންމެންގެ ތާއީދާއެކު އެކަން ވަރަށް ފަސޭހައިން ނިމުނެވެ. ***** ރޭގަނޑުގެ ވަގުތެވެ. ގެއަށް އައިސް ވަތް އިޒިއަންއަށް ފޯން އެނދުމައްޗަށް އެއްލާލެވުމާއެކު ފުންނޭވާއެއް ދޫކޮށްލެވުނެވެ. އެ މޫނުމަތިން ވަރުބަލިކަން ވެސް ފެންނަމުން ދިޔައެވެ. ފެންވެރުމުގެ ބަދަލްގައި އެނދުމަތީގައި އިށީނދެވުނެވެ. އަނާލް ވެސް ގެއަށް އައިސް މަޒާޔާގެ އެހީގައި ނިދަން ތައްޔާރުވެ އެނދުގައި އޮށޯވެލިއެވެ. ފެންވަރާލުމުން ހަށިގަނޑަށް ލިބިފައި ހުރި ލޮޑުކަން ފިލިއެވެ. އެހެންނަމަވެސް ސިކުނޑިއަށް ލިބިފައިހުރި ނުތަނަވަސްކަން އެއްވެސް ވަރަކަށް ދުރެއްނުވިއެވެ. މަޒާޔާ ދިޔައީ ދީމް ފޮނުވަނީ ކަމަށް ބުނެއެވެ. އަލިފާން ކޮޅެއް ކަރުދާސް ގަނޑަކަށް ވެއްޓި ހުޅު ހިފާހާ އަވަހަށް އަނާލްގެ ސިކުނޑީގައި މިއަދު ވީ ކަންތައް ހުޅުރޯކުރިއެވެ. އިރުކޮޅަކުން ދީމް އައެވެ. އޭނާ އައިއިރު އަނާލްއަށް ކޮންމެވެސް ވަރަކަށް ނޭވާއަށް އުނދަގޫ ވަމުން ދިޔައެވެ. ޒަހްވާ ބުނެފައިވާ ބަސްތަކުން އަނާލްއަށް ހިން ދިރުވާލެވުނެވެ. ކިތަންމެ ހަނދާން ކުރަން ބޭނުން ނުވިޔަސް އެ ބަސްތައް އަނާލްގެ ސިކުނޑި އޭނާގެ މާޒީއާ ހިސާބަށް ގެންގޮސްފިއެވެ. އެންމެ ފަހުން ކެތް ނުކުރެވޭ ހިސާބަށް ދިޔައެވެ. އެހެންނަމަވެސް ކެތް ކުރެވޭނޭ އެންމެ މައްޗަކަށް އަނާލް ކެތް ކުރިއެވެ. އޭނާ ނިންމީ މަސައްކަތުން އިހަށް ދުރުވެލުމަށެވެ. މިދުވަސްކޮޅު އެ ހަނދާންތައް އާވެ ސިކުނޑިއަށް ބާރު ކުރެވެނީ މާ ވަރަކަށެވެ. އެކަމުގެ ސަބަބުން އޭނާގެ ނަފްސަށް ވަމުން ދިޔަ އުނދަގޫ އިތުރުވެފައި ވެއެވެ. އަނާލް ދީމް ގާތު ބުނެގެން ގޮނޑިއަށް އެރިއެވެ. ދީމް ވެސް އެ ގަޑީގައި ކޮންމެވެސް ކަމަކު އުޅުމުން އެބަ އަންނަމޭ ބުނުމަށްފަހު އޭނާ ދިޔައީ އަފާޒު ގުޅުމުންނެވެ. މަޒާޔާއަށް ގޮވަން ވީތޯ ދީމް އެހުމުންވެސް އަނާލް އެކަމާ އެއްބަސް ނުވީ އޭނާ އެކަނި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވީތީއެވެ. މަޑުމަޑުން ގޮނޑި ދުއްވާލަމުން އޭނާ ކުޑަ ދޮރު ކައިރިއަށް ޖެހިލިއެވެ. އަތުގައި އޮތް ފޯނަށް ބަލަހައްޓައިގެން ދެ ވިސްނުމެއްގައި އިނުމަށްފަހު އެންމެ ފަހުން ފޯނުގެ ކީޕެޑަށް ފިއްތާލާ ނަންބަރެއްޖަހާލިއެވެ. ފެންވަރައިގެން ތުވާލި އޮޅައިގެން ނުކުމެ ލޯގަނޑު ކުރިމަތީގައި ހުރި އިޒިއަންގެ ފޯން ރިންގް ވުމާއެކު އޭނާ ބޮލުގެ ފެންތަށް ދެފަރާތަށް ފޮޅަމުން އައިސް ފޯނަށް ބަލާލާ ފޯންނެގިއެވެ. ނެގުމާއެކު އަނާލް 'ހަލޯ' އޭ ބުނެލިއެވެ. "ނާލް! ކިހިނެތްވީ؟" އިޒިއަން އަހާލިއެވެ. އިރުކޮޅެއްގެ ހަމަހިމޭން ކަމަކަށްފަހު އަނާލް ވާހަކަ ދައްކަން ފެށިއެވެ. "މާދަމާ އަހަރެން ބޭނުން އިޒިއަން އާ ކުޑަކޮށް ވާހަކަ ދައްކާލަން، ވަގުތެއް ހޯދައިލައިގެން އޮފީހަށް އައިސް ދޭންވީނު" އަނާލް އެދުނުގޮތަށް ކަންތައް ކުރާނެ ކަމަށް ވަޢުދުވަމުން އިޒިއަން ފޯން ކޯލް ކުރުކޮށްލިއެވެ. މާދަމާއަކީ އިޒިއަން ރާއްޖޭން ބޭރަށް ގެންދަންޖެހޭ ޑޮކިއުމެންޓްތަކެއް ނިންމަން ބައްޕަ އާއެކު އުޅެން ޖެހޭ ދުވަހަކަށް ވުމުން އޭނާ އުޅޭނީ ސްޓާރ ހޯލްޑާރސްގެ އޮފީހުގައެވެ. އެހެންނަމަވެސް ކުޑަވަގުތު ކޮޅެއް ނަމަވެސް ހޯދައިލައިގެން އަނާލްގެ ގާތަށް ދާން އިޒިއަން ނިންމިއެވެ. އަނާލް ދައްކަން އުޅޭ ވާހަކައަކީ ކޮބައިކަން ނޭނގި އިޒިއަންގެ ހިތް އޭރު ބާރަށް ތެޅެމުން ދިޔައެވެ. ކުޑަދޮރު ކައިރީގައި އިން އަނާލްގެ އިސްތަށިތަކާ ޖެހެމުން ދިޔަ ވައިރޯޅިތައް ސަމާސާ ކުރަމުން ދިޔައެވެ. ވިސްނުމަކަށް ގެއްލިފައި އިން އަނާލްގެ ފޯން ރިންގް ވުމާއެކު އަނާލް ފޯން ނަގާ ކަންފަތުގައި ޖައްސާލީ ރަމްޔާއަށް ވީމައެވެ. "ނާލް! މިރޭ ކުޑަކޮށް ލަސްވެދާނެ، ކާރު ހަލާކުވެގެން ކޮއްކޮ ބަލާ އަންނަން ދެން މިހުރީ" ރަމްޔާ މިރޭ ލަސްވަނީ ކީއްވެކަން ބުނެލުމާއެކު އަނާލް ފުންނޭވާއެއް ލިޔެވެ. އަދި އެންމެ ރަނގަޅޭ ބުނަމުން ފޯން ބޭއްވިއެވެ. ރަމްޔާގެ ފަރާތުން ޝެޝަންތައް ނަގަން ފެށިފަހުން އަނާލްގެ ސިކުނޑިއަށް ކޮންމެވެސް ވަރަކަށް ލުއި ވާހެން އޭނާއަށް ހީވެއެވެ. ކަންތައްތައް ކިޔާލަދޭނެ މީހަކު ގާތުގައި ހުރުމާއެކު އެކީ އެ ދެމެދުގައި ދެކެވޭ ވާހަކަތަކަކީ ކޮންފިޑެންޝަލް ވާހަކަ ތަކެއްކަން ވެސް އަނާލްއަށް އެނގެއެވެ. ރަމްޔާއަށް އިތުބާރު ކުރެވެނީ ސަބަބެއް ނެތިއެއްނޫނެވެ. އަނާލްއަށް ފަރުވާކުރުމުގައި މިހޭދަވި އަހަރުތަކަށް ބަލާއިރު އަނާލްގެ ހުރިހާ ސިއްރެއް ރަމްޔާ ވަނީ ރައްކާތެރިކަމާއެކު ސިއްރުކޮށްދީފައެވެ. އެ ސިއްރުތަކަށް އަމާނާތްތެރިވެފައެވެ. މީހަކަށް އިތުބާރު ކުރަމަކީ އަނާލްއަށް އުނދަގޫ ކަމެކެވެ. ރަމްޔާ ވަނީ އަނާލްގެ އިތުބާރު ހޯދާފައެވެ. ރަމްޔާއަށް އެރޭ އާދެވޭ ވަރުވީ ރޭގަނޑު ނުވަގަޑި ބަޔަށް ވުރެ ބޮޑު ވީ ފަހުންނެވެ. އެނދުގެ އެއްފަރާތުގައި ހުރި ސޯފާގައި ރަމްޔާ އައިސް އިށީނދެލީ ދޮރު ތަޅުލުމަށްފަހުއެވެ. އެހެންރޭރޭ ސެޝަންތައް ނަގަނީ އެ ގޭގައި ހުންނަ ވަކިން ހާއްސަ ރޫމެއްގައި ނަމަވެސް މިރޭ އަނާލް ދާ ހިޔާލެއް ނުކުރިއެވެ. ސޯފާގައި އިށީނދެ ހަމަޖެހިލުމަށްފަހު ރަމްޔާ އަނާލްއާ ވާހަކަ ދައްކަން ފެށިއެވެ. "ނާލް! ކިހިނެތްތަ މިހާރު؟ އަދިވެސް ނިދުން ރަނގަޅެއް ނުވޭތަ؟" ރަމްޔާ އޯގާތެރިކަމާއެކު ސުވާލުކޮށްލިއެވެ. "ނިދުން އަދިވެސް އެއްކޮށް ރަނގަޅެއް ނުވޭ، އެކަމު ކުރިއާ ބަލާފަ މިހާރު ވަރަށް ބޮޑުތަން އިމްޕްރޫވް ވެއްޖެ... އިންޝާ ﷲ އަދި ރަނގަޅުވާނެ ދޯ" ނާލް ރަމްޔާއަށް ދޯ ދިނީ ހިނިތުންވަމުންނެވެ. "މިހާރު އެއްވެސް އުނދަގުލެއް ވޭތަ؟" ރަމްޔާ ފަރުވާތެރިކަމާއެކު އަނާލްގެ މޫނަށް ބަލާލިއެވެ. "އަބަދުވެސް އެ ނުލަފާ މީހާ ފެންނަނީ، ވެދާނެ އެއްފަހަރު ބައްދަލު ވީމަކަމަށް ވެސް، އަބަދު އަބަދު ހުވަފެނުން ފެންނަނީ އޭނާ... ހަނދާން ނައްތާލަން ބޭނުންވިޔަސް ހަނދާނެއް ނައްތައެއްނުލެވޭ، އެ ދުވަސް މަތިން އަދިވެސް ހަނދާންވޭ..." އަނާލް އިސްޖަހާލަމުން ބުނެލިއެވެ. "ނާލް... ހުވަފެނުގަ ވަނީ ކިހިނެތް؟ އެއް ހުވަފެނެއްތަ ފެންނަނީ؟" އިތުރަށް ކަންތައްތައް އޮޅުން ފިލުވަން ބޭނުންވެފައިވާ ފަދައަކުން ރަމްޔާ އަހާލިއެވެ. އޭނާގެ ކުރިމަތީގައި އިން އަނާލްގެ ލޮލަށް ބަލާލުމާއެކު ހުރިހާ ކަމެއް ކިޔައި ދިނުމަށް ރަމްޔާ އެދުނެވެ. "އެއް ހުވަފެނެއްނޫން... އެ ތަންވެސް... ސިފަވަނީ... އަދި އެ ދުވަސް ވެސް... " އަނާލްގެ އަޑު ކުރެހުނެވެ. "ކިޔައިދީ ނާލް... އަހަރެން މިހުރީ އަޑު އަހަން" ރަމްޔާ ވަހަކަދެއްކިއެވެ. "އަހަރެން ނާ ދިމާލަށް އެދުވަހު ޔުމާން ކީ އެއްޗެހި ކަންފަތުގައި ހަރުލާފައި ހުންނަހެންހީވަނީ، މި ދުވަސް ކޮޅު ބޮޑަށް ފެންނަނީ ޔުމާން، އަހަރެން އެ ނަން ވެސް މިދުލުން ކިޔާކަށް ބޭނުމެއް ނޫން، އެކަމަކު... ކީއްވެތަ؟ ޔުމާން..." އަނާލްގެ އަރުތެރެ ހިކިފައި ވުމާއެކު އެންމެފަހުން އޭނާ ބުނެލި ބަސްތައް ރަމްޔާއަށް ވެސް އިވުނީ ކިރިއާއެވެ. "ޔުމާންގެ ހަނދާންތައް އަބަދު އާވަނީ ކީއްވެތަ؟ އޭނާ ބުނެފައިވާ ބަސްތައް ކަންފަތުގައި ގުގުމަނީ ކީއްވެތަ؟ އަހަރެން ބޭނުން އޭނާ އެ ބުނި ހުރިހާ ބަހަކީ އެއްވެސް އަގެއް ނެތް އެއްޗެއްކަމުގައި ހަދަން..." އަނާލް ބުނެލިއެވެ. އެރޭގެ ސެޝަން ނިންމާލުމަށްފަހު ރަމްޔާ ދިޔައިރު އަނާލް ހުރީ ހަމަޖެހިފައިނަމަވެސް އަލުން ނިދަން އޮށޯތުމާއެކު އޭނާއަށް އަނެއްކާވެސް ޔުމާންގެ ހަނދާންތައް އާވާން ފެށިއެވެ. ޔުމާންއާއެކު ހޭދަކުރެވުނު އުފާވެރި ދުވަސްތައް މަތިން ހަނދާން ވުމާއެކު އެއްވެސް އިޚްތިޔާރެއްނެތި އެ ދެލޮލުން ކަރުނަ ފާއްދާލިއެވެ. އެ ހަނދާންތަކާ ދުރަށް ނުދެވޭނެކަން އެނގޭތީ ސިކުނޑީގެ މިސްރާބު އެހެން ދިމާލަކަށް އަނބުރާލުމުގެ ގޮތުން ފޯނުން އިނގިރޭސި ވާހަކައެއް ހުޅުވައިގެން އަނާލް ކިޔަން ފެށިއެވެ. ކަންތައްތަކާ ވިސްނަން ފެށުމުން ސިކުނޑީގެ މިސްރާބު އަނބުރާލުމަކީ އެންމެ ރަނގަޅުގޮތް ކަމުގައި ރަމްޔާ އޮތީ އަނާލްއަށް ކިޔައިދީފައެވެ. އެގޮތުން ވާހަކަފޮތެއް ކިޔާލުމަށް ނުވަތަ އެހެންކަމަކާ ބެހޭގޮތުން ކޮންމެވެސް މީހަކާ ވާހަކަ ދައްކާލެވުމަކީ ވެސް ހައްލެއްކަމުގައި ރަމްޔާ ބުނެފައިވެއެވެ. ފޮތުގެ ތެރެއަށް ވަދެވުމުން އެ ޚިޔާލްތަކާ ކޮންމެވެސް ވަރަކަށް ދުރުވެވުނު ކަމުގައިވިޔަސް އިރުއިރުކޮޅުން އެ ހަނދާންތައް ސިކުނޑީގައި ކޮށްޓާލައެވެ. ފޮތުގެ މެދާ ހިސާބަށް ކިޔާލުމަށްފަހު ފޮތް ލައްޕާލަމުން އަނާލް އާފުރިލިއެވެ. ސިކުނޑީގައި އިޒިއަންގެ ހަނދާންތައް ކޮށްޓައިލީ އެވަގުތުއެވެ. އިޒިއަންއާ މެދު އޭނާއަށް ގާތްކަމެއް ބެހެއްޓޭކަން އަމިއްލަ ނަފްސަށް ވެސް ފާހަގަ ކުރެވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެއްވެސް މީހަކާ މާ ގާތްކޮށް ވާހަކަ ދައްކާކަށް އަނާލް ބޭނުމެއް ނުވެއެވެ. ދުވަހަކުވެސް މީހަކާ ހިއްސާ ނުކުރާވަރަށް އިޒިއަންއާ ބައެއް ކަންތައްތައް އަނާލްއަށް ހިއްސާކުރެވިފައި އެބަހުއްޓެވެ. އެ ގޮތުން އޭނާއަކީ ނަފްސާނީ މައްސަލަތަކަކުން ބަދެވި ހައްޔަރު ކުރެވިފައިވާ އަންހެން ކުއްޖެއް ކަންވެސް އިޒިއަންއަށް ހާމަ ކުރެވިއްޖެއެވެ. އެ ފަދަ ވާހަކައެއް އަނާލްގެ ދުލުން ބުނެލާ ކޮންމެ ފަހަރަކު އެއާ ވިއްދައިގެން އިޒިއަން ހިތްވަރުދޭ ގޮތުން އަނާލްގެ ހިތުގައި އިޒިއަންއަށް ހާއްސަ ޤަދަރެއްވަނީ ދެވިފައެވެ. އިޒިއަން އޭނާގެ ސިއްރުތައް ހިފައްޓާނޭކަމުގެ ޔަގީންކަން އަނާލްއަށް އޮވެއެވެ. އެފަދަ ވާހަކަތައް ހިއްސާކުރެވެނީ އެހެންވެއެވެ. އެހެން އޮތްއިރު އަނާލްއަށް ތަންކޮޅެއް ކުރީ ދުވަހެއްގެ ހަނދާނެއް އާވިއެވެ. "އިޒް! އަސްލު ހިތަށް އަރާ ދޯ އަހަރެންނާ އެއްކޮށް މަސައްކަތް ކުރުމަކީ ވަރަށް އުނދަގޫ ކަމެކޭ، އަހަރެންފަދަ މީހަކާ އެކީ މަސައްކަތް ކުރުމަށް ފޫހިވާނެ ދޯ..." އަނާލް ހިތި ހިނިތުންވުމެއް އިޒިއަންއަށް ހަދިޔާ ކޮށްލިއެވެ. "ނޫން ނާލް! ތިހެން ނުބުނޭ. އަހަރެންނަށް ނާލްއާ އެއްކޮށް މަސައްކަތް ކުރަން އުނދަގުލެއްނޫން. އަހަރެން ވަރަށް އުފާވޭ، އުފާވޭ އަނާލްއާ އެކު މަސައްކަތް ކުރެވޭތީ. އަނާލް ތި ކުރާ މަސައްކަތުގައި ބައިވެރިވެވޭތީ. ހަޤީގަތުގައި މުޖްތަމަޢުގައި ހުރި މިފަދަ މައްސަލަތައް ހައްލު ކުރުމަށް ނާލް ތި ނެގި ފިޔަވަޅަކީ ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައި އަހަރެން ދެކެން، އިންޝާ ﷲ... ނާލްގެ ތި މަސައްކަތުގައި އަހަރެން ފުރިހަމައަށް ބައިވެރިވާނަން... އަދި ކާމިޔާވުވެސް ކުރާނަން... އަމިއްލަ ދާ އޮހޮރުވައިގެން ވިޔަސް މި މަސައްކަތް ފެނަށް ވިޔަކަ ނުދޭނަން" އިޒިއަން ޔަޤީން ކަމާއެކު ބުނަމުން އަނާލްއަށް ބަލާލާ ބޯޖަހާލިއެވެ. "ހެހެ. ހީވަނީ ވަރަށް ވިސްނޭ ހަރު މީހެއްހެން، ބައިދަވޭ މި މަސައްކަތަކީ އަމިއްލަ މަސައްކަތެއް ކަމަށް ދެކި ކީއްވެ ތިހާ ބުރަކޮށް މަސައްކަތް ކުރަނީ؟ ހީވޭ އަހަރެންނަށް ވުރެވެސް އިޒްއަށް މިމަސައްކަތް މުހިންމޭ..." އަނާލް މަޖަލަކަށް ހަދާލާފައި ބުނެލިއެވެ. "ނާލް... ނާލްއަށް ރަނގަޅުވާނީ ހުރިހާކަމެއް ނޭނގުނިއްޔާ ހެން ހީވަނީ. ވަރަށް ވަރަށް ވަރަށް ބޮޑު ސިއްރެއް އެއީ. ކޮންމެވެސް ދުވަހަކުން އަނާލްއަށް ވެސް އެނގިދާނެ ކަންނޭގެ، އެކަމަކު އެ ސަބަބު އެކަންޏެއް ނޫން އެނގޭ، އަހަރެން ވެސް ބޭނުން މިފަދަ ފައިދާހުރި ކަމެއް މުޖްތަމައުއަށް ކޮށްދޭން" އިޒިއަން އެންމެ ފުރަތަމަ ވާހަކަ ދެއްކިއިރު އެ އަޑުގައި ހުރި މަޑުމޮޅިކަން އޭރު ފިލާ ގޮތްވެފައި ވެއެވެ. *** ހިޔާލް ތަކުގައި އޮތް އަނާލް ސީލިންގުން ނަޒަރު ވަކިކޮށްލަމުން ގަޑިއަށް ބަލާލިއެވެ. ވަރަށް ދަންވެއްޖެއެވެ. ނިދާނަމޭ ހިތާ އޭނާ ލޯ މަރާލީ މާދަމާ އިޒިއަންއާ ބައްދަލުކުރަމުން ދައްކާނޭ ވާހަކަ ހިތުތެރޭގައި ރާވާލަމުންނެވެ. އޭނާ މި ފަދަ މަސައްކަތެއް ފެށީ ވަރަށް ބޮޑު މަޤްސަދަކާ އެކީގައެވެ. އިޒިއަންގެ ވެސް އޭނާގެ އޮތް ފަދަ މަޤްސަދެއް ވަނީ ހެއްޔެވެ؟ އޮފީހުގައި ވަރަށް ބުރަކޮށް އުޅެން ޖެހުމުގެ ސަބަބުން އަނާލްއާ ބައްދަލު ކުރަން އިޒިއަންއަށް ދެވޭ ވަރުވީ ހަވީރު ތިނެއް ޖަހާ ބޮޑުވީފަހުންނެވެ. އަނާލްގެ ކެބިންގައި ތިބި ދެމީހުންގެ ދެމެދުގައިވެސް ވަނީ ހަމަހިމޭން ކަމެކެވެ. އެކަކުވެސް ވާހަކަ އެއްނުދައްކައެވެ. "އިޒް! އަހަރެން ވާހަކައެއް ދައްކާލަން ބޭނުން..." އަނާލް ފުންނޭވާއެއްލަމުން އެ ހަމަހިމޭންކަން ފޫދުއްވާލިއެވެ. "މިދުވަސްކޮޅު ކަންތައްތައް ހުރިގޮތުން އަހަރެން ބޭނުންވޭ މަސައްކަތުން ކުޑަ ބްރޭކެއް ނަގަން.. މަސއްކަތާ ހެދި ނޫން ކަމެއް ނޭނގެ އަހަރެން ވަރަށް ބޮޑަށް ސްޓްރެސް ވާ ދުވަސްކޮޅެއް، މަސައްކަތަކަށް ސަމާލުކަމެއް ނުދެވޭ... ހަފްތާއެއްހާ ދުވަހުގެ ބްރޭކެއް އަދި ނަގަން ބޭނުން، އަހަރެންގެ ސަބަބުން ބޭނުމެއްނުވޭ މަސައްކަތަށް ކުޑަވެސް ބުރޫއެއް އަރާކަށް" އަނާލް މަޑު މަޑުން ބުނެލިއެވެ. އަނާލްގެ އަޑުގައިވި މާޔޫސްކަމުން އިތުރަށް ބުނާނީ ކީކޭކަން އިޒިއަން އަކަށް ނޭނގުނެވެ. މަސައްކަތާ ދުރަށް ދާން ބޭނުންނުވިޔަސް މަސައްކަތަށް ސަމާލްކަން ނުދެވި ބޮލުގައި ރިއްސާތީ އަނާލް ބޭނުންވީ ރަމްޔާ ގާތުން އިތުރު ސެޝަންތައް ނަގައިގެން ނަމަވެސް މީހާ ހަމައަކަށް އެޅިލުމަށް އަދި ވަގުތު ކޮޅެއް ދޭށެވެ. އެކަމާ އިޒިއަން ވެސް ދެބަހެއްނުވިއެވެ. "އިޒް! އައި އެމް ސޮރީ، އަހަރެން ނަކީ ސައިކޮލޮޖިކަލީ ވަރަށް ބައިވަރު މައްސަލަތަކެއްހުރި މީހެއް. މި މަސައްކަތް އަހަރެން ކުރަން ނިންމި އެންމެ ބޮޑުއެއް ސަބަބު އަހަރެންގެ މާޒީ އަކީ. އަހަރެންފަދަ އެތައް ކުދިންނަކަށް ހިތްވަރުދިނުމަށް. އެހީތެރިކަން ފޯރުކޮށްދިނުމަށް، އަޅާލުމަށް، އިޒްއަށް ނޭގުނަސް އަހަރެންގެ މާޒީ އަކީ ވަރަށް ހިތި އެއްޗެއް. ދުވަހަކުވެސް އެކަން މަތިން ހަނދާން ނައްތައެއް ނުލެވޭނެ..." އަނާލްގެ އަޑު މަޑެވެ. އެ އަޑުގައި ނޭނގޭ ރިހުމެއް ވެއެވެ. "ފަހަރަކު ކަމެއް އަހަރެންގެ ކުރިމައްޗަށް އަންނަން އުޅޭ ހެން ހީވަނީ، އިޒްއަށް އެނގޭތަ؟ އަހަރެން އެންމެ ދެކެން ބޭނުންނުވާ މީހާވެސް އެންމެ ފަހުން އަހަރެންގެ ކުރިމައްޗަށް އަރައިފި. އެތަށް ދުވަހަކަށްފަހު... ހީވާކަހަލަ އެމީހާއަށް އެއްވެސް ކަހަލަ އަސަރެއް ނުކުރެޔޭ... " އަނާލް ދެން ވެސް ވާހަކަ ދެއްކީ އިޒިއަން އެއްޗެއް ނުބުނުމުންނެވެ. "ހިތްވަރުކުރޭ ނާލް!" އިޒިއަން އެންމެ ފަހުން ބުނެލިއެވެ. "ކިހިނެތް އަހަރެން ހތްވަރުކުރާނީ އިޒް.... އިނގޭތަ... އަހަރެން އިންނަން ތައްޔާރު ކުރުވާފައި އެމީހަކު އެންމެ ފަހު ވަގުތު ހަދާލިގޮތް... އަހަރެން ދޫކޮށްލީ، ހުރިހާ ކަމެއް ނިމިފަ އޮއްވާ... ދުވަހަކުވެސް މިހިތަކުން ނުފިލާނެ" އަނާލް ހާމަކޮށްލި ހަގީގަތުން އިސްޖެހިފައި އިން އިޒިއަންއަށް ލިބުނު ޝޮކުގައި އިސް އުފުލާލެވި ދެލޯ ވެސް ބޮޑުކޮށްލެވިއްޖެއެވެ. (ނުނިމޭ...) މާފުކުރާށޭ ލޯބިވާ (8) އިތުރަށް ވިދާޅުވުމަށް
މާފުކުރާށޭ ލޯބިވާ (9)
މުޖުތަމައުއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަނބަލުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަރުކާރުންދޭ ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ. ޖެންޑާ މިނިސްޓްރީ އިން މިއަދު ބުނީ އެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މި މަހު 14 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފަިއވާ ކަމަށެވެ. ރެހެންދި އެވޯޑަކީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އެއްފަހަރު ޖެންޑާ މިނިސްޓްރީންދޭ އަންހެނުންނަށް ދޭ ހާއްސަ އެވޯޑެކެވެ. ރެހެންދި އެވޯޑަށް އަމިއްލަ ގޮތުންނާއި އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓް ކުރުމުގެ) ފުރުސަތު އަދި މުވައްސަސާ، އޮފީސް އަދި ކުންފުނިތަކުން ނަން ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. މި އެވޯޑަށް ކުރިމަތިލާ ފަރާތްތައް ކަނޑައަޅާނީ ޖެންޑާ މިނިސްޓްރީ އިން ކަނޑައަޅާ ހާއްސަ ކޮމެޓީ އަކުންނެވެ. ރެހެންދި އެވޯޑުގެ ގޮތުގައި ދޭނީ ޖެންޑާ މިނިސްޓްރީ އިން ދޭ ހާއްސަ ޝީލްޑަކާއި ގައުމީ އެކި މުނާސަބަތުތަކުގައި ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ހާއްސަ ބްރޫޗެކެވެ. މިފަހަރުގެ ރެހެންދި އެވޯޑު ދެ ދާއިރާ އަކުން ދޭން ނިންމާފައިވެ އެވެ. އެއީ އަންމު ފަރުދުންގެ ތެރެއިން ކުރިމަތިލާ ފަރާތްތަކުގެ ކެޓަގަރީ އާއި މުވައްސަސާތަކުންނާއި ވަޒީފާދޭ ފަރާތްތަކުން ހުށަހަޅާ ފަރާތްތަކުގެ ކެޓަގަރީ އެވެ. ޖުމްލަ ހަތް ދާއިރާ އަކުން މިއަހަރު ރެހެންދި އެވޯޑް ދެ އެވެ.
ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
ޑައިރެކްޓަރެއްގެ ފަރާތުން ލިބެމުން ދިޔައީ ޖިންސީ ފުރައްސާރަކަން އެނގުނީ އޭގެ އަށް ވަރަކަށް އަހަރު ފަހުން ކަމަށް ބޮލީވުޑް ބަޠަލާ ސުވަރާ ބާސްކަރު ބުނެފިއެވެ. ސްވަރާ މިހެން ބުނެފައި ވަނީ ހޮލީވުޑްގެ ޕްރޮޑިއުސަރު ހާވީ ވައިންސްޓީންގެ ހަޔާތުގެ މައްޗަށް ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަން އެއްގައި ވާހަކަ ދައްކަމުންނެވެ. ސްވަރާ ބުނީ އޭނާއަށް މަސައްކަތުގެ މާހައުލުގައި ޖިންސީ ފުރައްސާރަ ލިބުނުކަން ނޭނގި އެހާ ގިނަ އަހަރުތަކެއް ފާއިތުވެގެން ދިޔައީ އެކަމަށް ކުޑައިރުން ފެށިގެން ހޭލުންތެރިވެފައި ނެތުމުން ކަމަށެވެ. "ގާތްގަނޑަކަށް ހައެއް ނުވަތަ އަށް ވަރަކަށް އަހަރު ފަހުން އަހަންނަށް މި އެނގުނީ އޭރު އަހަންނަށް މި ކުރިމަތިލާން ޖެހުނީ ޖިންސީ ފުރައްސާރަކަން. އެއީ އެހެން ބަޔަކު މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ފުރައްސާރައިގެ ވާހަކަ ދައްކާ އަޑު އިވުމުން،" ސްވަރާ ބުންޏެވެ. ސްވަރާ ބުނީ އޭނާއަށް އޭރު އެކަން ނުވިސްނުނީ އެ ޑައިރެކްޓަރު އޭނާގެ ގައިގައި އަތްލާފައި ނުވާތީ ކަމަށާއި، އެހިސާބަށް ކަންކަން ދިއުމުގެ ކުރިން އޭނާއަށް އެ ޑައިރެކްޓަރުގެ ކިބައިން ސަލާމަތް ވެވުމުން ކަމަށެވެ. އެ ޑައިރެކްޓަރުގެ ނަން ނުވަތަ އެހެންވެސް މައުލޫމާތެއް 'ވީރޭ ދީ ވެޑިންގެ'ގެ އެކްޓަރު ހާމަކޮށްފައެއް ނުވެއެވެ. ސްވަރާ ވަނީ ކުޑައިރުން ފެށިގެން ޖިންސީ ގޯނާ އާއި ފުރައްސާރައަށް އަންހެން ކުދިން ހޭލުންތެރި ކުރުވުމުން ކުޑަ ކަމަށް ބުނެ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.
"ލިބެމުން ދިޔައީ ޖިންސީ ފުރައްސާރަކަން އެނގުނީ އަށް އަހަރު ފަހުން"
މަހަށް ފުރިފަހުން ޚަބަރެއް ނުވާތާ ހަފްތާއެއް ވެފައިވާ ދޯންނީގެ ހަބަރެއް ވެއްޖެ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ. ބާރަ މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ "ޖަންބޯ" ނަމަކަށް ކިޔާ 75 ފޫޓްގެ އެ ދޯނީގެ ޚަބަރެއް ނުވެގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައި ވަނީ އިއްޔެ ހެނދުނު 10:22ގަ އެވެ. އެމްއެންޑީއެފް އިން ބުނީ މިއަދު މެންދުރު 2:49ގައި އެ ދޯނީގެ ހަބަރެއްވެއްޖެ ކަމަށާއި ދޯނި އަދިވެސް އުޅެނީ މަސްވެރިކަމުގައި ކަމަށެވެ. "[ގެއްލުނު] ދޯނި އެންދަމަން ލ. އަތޮޅުތެރޭގައި އުޅޭ ކަމަށް ދޯނީގެ ވެރިފަރާތުން އެމްއެންޑީއެފް އަށް މައުލޫމަރު ދީފައިވޭ،" އެމްއެންޑީއެފް އިން ބުންޏެވެ. މަހަށް ފުރި މި ދޯނީގެ ޚަބަރެއް އެންމެފަހުން ވެފައި ވަނީ ލ. އަތޮޅުން އެންދަމައިގެން ކަނޑަށް ނިކުތްފަހުން، މިމަހުގެ 20 ވަނަ ދުވަހުގެ ރޭ 7:00 ހާއިރު ކަމަށް ދޯނީގެ ވެރިފަރާތާ ހަވާލާދީ މީގެ ކުރިން އެމްއެންޑީއެފް އިން ބުނެފައިވެ އެވެ. ހަބަރެއް ނުވާތާ ހަފްތާއެއް ވެފައިވާ ދޯންޏެއް ގެއްލިގެން ހޯދަނީއިތުރަށް ވިދާޅުވުމަށް
ގެއްލުނު ދޯނީގެ ހަބަރެއް ވެއްޖެ، އަދިވެސް މަސްވެރިކަމުގައި!
އާބާދީ މަދު ސްކޫލުތަކުގައި އެކި ގްރޭޑްތައް އެެއްކޮށްލައިގެން ކިޔަވައިދެމުންގެން ދިޔަ "މަލްޓިގްރޭޑް" އުސޫލަށް އެޑިއުކޭޝަން މިނިސްޓްރީން ބަދަލުގެނެސްފި އެވެ. އެޑިއުކޭޝަން މިނިސްޓްރީ އިން ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ މި އަހަރު މަލްޓި ގްރޭޑަށް ކިޔަވައިދިނުމަށް ހަމަޖެހިފައި ވަނީ އެއް ކީ ސްޓޭޖެއްގައި ހިމެނޭ ދެ ގްރޭޑެއްގެ ކިޔަވަމުންދާ ދަރިވަރުންތައް އެއްކޮށްލައިގެން ކަމަށެވެ. އަދި ދެ ގްރޭޑް އެއްކޮށްލެވޭނެ އުސޫލުތައް ވެސް އެ ސާކިއުލާގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން ދެ ގްރޭޑެއްގައި ވެސް ކިޔަވާ ދަރިވަރުންގެ އަދަދު ފަހަކަށް ވުރެ ދަށްވުން ނުވަތަ ދެ ގްރޭޑެއްގައި ވެސް ކިޔަވާ ޖުމްލަ އަދަދު 10 އަކަށް ވުރެ ދަށްވާ ނަމަ މަލްޓި ގްރޭޑަށް ކިޔަވައިދެވޭނެ ކަަމަށް އެ އުސޫލުގައި ބަޔާންކޮށްފައިވެ އެވެ. އަދި އެގޮތުން އެއްކުރެވޭނީ ވެސް އެއް ކީ ސްޓޭޖެއްގައި އެއް ދެ ގްރޭޑެއްގެ ދަރިވަރުން ކަމަށް ވެސް ސާކިއުލާގައި ބުނެފައިވެ އެވެ. "މިބަދަލާ ގުޅިގެން ތިޔަ ސްކޫލަށް ދަތިތަކެއް ނުވަތަ ކަންބޮޑުވުމެއްވާ ނަމަ. މިދެންނެވި ބަދަލު ގެނައުމުގެ ކުރިން އެ ކަމެއް މި ޑިވިޝަނާ މަޝްވަރާ ކުރުމަށް ފަހު އެކަމުގެ ހައްލު ހޯއްދަވައިގެން ބަދަލުގެންނެވުމަށް ވެސް ދެންނެވީމެވެ،" އެ ސާކިއުލާގައި ބުނެފައިވެ އެެވެ. އެޑިއުކޭޝަން މިނިސްޓްރީ މަލްޓި ގްރޭޑްއަށް ކިޔަވައިދިނުމުގެ އުސޫލު ތައާރަފްކުރީ 2017 ވަަނަ އަހަރު އެވެ. އެ އުސޫލުގެ ދަށުން ކިޔަވައިދެމުންދިޔައީ ގްރޭޑެއްގައި 20 ދަރިވަރުން ހަމަ ނުވާނަމަ އެވެ. މަލްޓް ގްރޭޑުގެ އުސޫލަށް ބަދަލުގެނައީ އެ އުސޫލާ މެދު ދެ ރަށެއްގެ ބެލެނިވެރިން ނުކުމެ އިހުތިޖާޖުކޮށްފައި ވަނި ކޮށެވެ. އެގޮތުން ބ. ކިހާދޫ އަދި އދ. ހަންޏާމީދޫގައި ބެލެނިވެރިން އެކަމާ ދެކޮޅަށް ވަނީ މިދިޔަ މަހު މުޒާހަރާކޮށްފަ އެވެ.
މަލްޓި ގްރޭޑަށް ކިޔަވއިދިނުގެ އުސޫލަށް ބަދަލު ގެނެސްފި
މި މަހުގެ 11 ވަނަ ދުވަހު ރިލީޒް ކުރި ވިކީ ކޯޝަލްގެ ފިލްމު 'އުރީ: ދަ ސާޖިކަލް ސްޓްރައިކް' އިންޓަނެޓުގައި ލީކު ކޮށްލައިފިއެވެ. ފިލްމު ލީކު ކޮށްލައިފައި ވަނީ "ތަމިލްރޮކާޒް" ކިޔާ ބައެކެވެ. "ތަމިލްރޮކާޒް" އިން ފިލްމު ލީކު ކޮށްލައިފައި މިވަނީ ފިލްމު އުފެއްދި ޓީމުން ވަނީ އެކަމާ ދެކޮޅަށް ތަފާތު ބުރަ މަސައްކަތް ތަކެއް ވެސް ކޮށްފައި ވަނިކޮށެވެ. އަދި އެ ޓީމުގެ މަސައްކަތަށް ގިނަ ބައެއްގެ ތައުރީފާއި ތަރުހީބު ވެސް ވަނީ ލިބިގެން ގޮސްފައެވެ. އެގޮތުން ގަވާއިދާ ޚިލާފަށް އޮންލައިންކޮށް ފިލްމު ޑައުންލޯޑު ކުރަން މަސައްކަތް ކުރަން މަސައްކަތް ކުރާ ނަމަ، އެކަން ކުރާ މީހަކަށް ފެންނަނީ ވިކީ ކޯޝަލް އަދި ބަތަލާ ޔާމީ ގޯތަމްގެ މެސެޖެކެވެ. އެ ވީޑިއޯ މެސެޖުގައި ބުނެފައި ވަނީ ގަވާއިދާ ޚިލާފަށް ފިލްމު ޑައުންލޯޑު ކޮށްގެން ބެލުމުގެ ބަދަލުގައި ޓިކެޓެއް ނަގައިގެން ސިނަމާއަކަށް ގޮސް ފިލްމު ބެލުމަށެވެ. އެހެންނަމަވެސް "ތަމިލްރޮކާޒް" އިން މިވަނީ އެ ފިލްމު އެއްކޮށް ލީކުކޮށްލައިފައެވެ. މިއީ އެ ގްރޫޕުން ފިލްމެއް ލީކު ކޮށްލި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ހިންދީ ފިލްމުތަކާއި ތަމަޅަ، މަލަޔާލަމް ފިލްމުތަކުގެ އިތުރުން ހޮލީވުޑް ފިލްމުތައް ވެސް އެމީހުން ވަނީ ލީކުކޮށްލައިފައެވެ. ވިކީ ކޯޝަލް، ޔާމީ ގޯތަމްގެ އިތުރުން މޯހިތު ރާއިނާ، ޕަރޭޝް ރާވަލް އަދި ކްރިތީ ކުޅާރީ ވެސް ފެނިގެންދާ އެ ފިލްމަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. އެ ފިލްމު ވެގެންގޮސްފައި ވަނީ މި އަހަރުގެ އެންމެ ފުރަތަމަ ބޮލީވުޑް ހިޓަށެވެ. 'އުރީ' އަކީ 2016 ވަނަ އަހަރު ކަޝްމީރުގެ އުރީގައި ހުރި އިންޑިއާގެ އަސްކަރީ ބޭސްއަކަށް ޕާކިސްތާނުގެ ޓެރިސްޓުންތަކެއް ހަމަލާދީ އިންޑިއާގެ 19 ސިފައިން މަރާލި ހަމަލާގެ ރައްދެއްގެ ގޮތުން އިންޑިއާ އަސްކަރިއްޔާ އިން ކުރިއަށް ގެންދިޔަ ސާޖިކަލް އޮޕަރޭޝަނަށްގެ މައްޗަށް އަދިއްތުޔަ ދާރް ޑައިރެކްޓުކޮށް އުފައްދައިފައިވާ ފިލްމެކެވެ.
ވިކީގެ 'އުރީ' ވެސް ލީކު ކޮށްލައިފި
އޯޓިޒަމް ހުންނަ ކުއްޖެއްގެ ގައިގައި އިސްތިރިން ޖެހި ފިހުނު މައްސަލަ ބަލަން ފަށައިފި އެވެ. ޖެންޑާ މިނިސްޓްރީން ބުނީ އެފަދަ އިހުމާލުގެ މައްސަލަ މިހާރު ފުލުހުންނާ ގުޅިގެން ބަލަމުންދާ ކަމަށެވެ. އެ ހާދިސާގައި އޭނާ ކޮޮންމެވެސް ވަރަކަށް ފިހިފައިވާ އިރު ލިބުނު ސީދާ ގެއްލުންތައް ޖެންޑާ މިނިސްޓްރީިން ހާމައެއް ނުކުރެ އެވެ. އެ ހާދިސާ ހިނގައިފައި ވަނީ ސ. ހިތަދޫގައި ކަމަަށް ވެސް ޖެންޑާ މިނިސްޓްރީން ބުންޏެވެ. ކުއްޖާއާ ބެހޭ އިތުރު ތަފްސީލެއް ނުދެ އެވެ. އައްޑޫ ސިޓީގެ ހިތަދޫގައި އުމުރުން ދުވަސްވީ އަދި ސިކުނޑީގައި މައްސަލަ ހުންނަ ކަމަށް ބުނާ މީހެއްގެ ގަޔަށް ކުޅުޖެހި މައްސަލައެއް ވެސް ދާދި ފަހުން ވަނީ ފެންމަތިވެފަ އެވެ. ފުލުހުން ބުނީ އެ މައްސަލަ ވެސް މިހާރު ބަލަމުންދާ ކަމަށެވެ.
އޯޓިޒަމް ކުއްޖެެއްގެ ގައިގައި އިސްތިރިން ޖެހި ފިހުނު މައްސަަލަ ބަލަނީ
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ ޔޫތް ޗެމްޕިއަންޝިޕްގައި މިފަހަރު ވާދަ ކުރާ ޓީމު ތަކުގެ ގުރު ނެގުން އެފްއޭއެމް ހައުސްގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ. މިފަހަރުގެ ޔޫތު މުބާރާތުގައި ބައިވެރި ވާ ޓީމު ތަކުގެ ގުރު ނެގިއިރު މުބާރާތުގައި މިހާތަނަށް ބައިވެރިވެފައި ވަނީ އަށް ޓީމެވެ. ނަމަވެސް އިތުރު ޓީމުތައް ބައިވެރިވާން ބޭނުންވާ ނަމަ އަދިވެސް އެ ފުރުސަތު އޮތް ކަމަށް އެފްއޭއެމް އިން ވަނީ ބުނެފައެވެ. އެގޮތުން ޔުނައިޓެޑް ވިކްޓަރީ ވަނީ މި މުބާރާތުގައި ބައިވެރި ވާން ޝައުގުވެރިކަން ފާޅު ކޮށްފައެވެ. މިއަދު ކުރިއަށް ދިޔަ ޔޫތް ޗެމްޕިއަންޝިޕުގެ ގުރު ނެގުމުގެ ތެރެއިން -- ސަން ފޮޓޯ / އަހުމަދު އައުޝަން އިލްޔާސް މިފަހަރުގެ ޔޫތު މުބާރާތުގައި ދިވެހި ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބު ކަމަށްވާ ނިއުރޭޑިއަންޓު ސްޕޯޓްސް ކުލަބް ބައިވެރިއެއް ނުވާނެއެވެ. ސަބަބަކީ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ކުލަބުން ދީފައި ނުވާ ކަމަށް ބުނެ އެފްއޭއެމް އިން ބާއްވާ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭ ގޮތަށް އެކުލަބް ސަސްޕެންޑު ކޮށްފައި ވާތީއެވެ. އެކާވީސް އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒު ކޮށްގެން ބާއްވާ މި މުބާރާތް ކުރީން ބާއްވަނީ ފުޓުބޯޅަ ސީޒަން ތެރޭގައި ޕްރިމިއާ ލީގާއި ވެސް އެކުގައެވެ. ނަމަވެސް މިފަހަރުގެ ޕްރިމިއާ ލީގު ފެށުމަށް ހަމަ ޖެހިފައި ވަނީ ޖޫން މަހުގައެވެ. ޔޫތު މުބާރާތް ފަށާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުއެވެ. މިފަހަރުގެ ޔޫތު މުބާރާތުގައި ބައިވެރިވާ ޓީމުތައް ދެ ގުރޫޕަކަށް ބަހާލައިގެން ވަނީ ގުރު ނަގާފައެވެ. ގުރޫޕް 'އޭ' ގައި އޮތީ ޓީސީ ސްޕޯޓްސް ކުލަބްއާއި ފޯކައިދޫއާއި ވިކްޓަރީގެ އިތުރުން މިފަހަރުގެ ފުރަތަމަ ޑިވިޒަންއަށް އަލަށް ކޮލިފައިވި ދަ ގޭންގް އެވެ. މިއަދު ކުރިއަށް ދިޔަ ޔޫތް ޗެމްޕިއަންޝިޕުގެ ގުރު ނެގުމުގެ ތެރެއިން -- ސަން ފޮޓޯ / އަހުމަދު އައުޝަން އިލްޔާސް މީގެ އިތުރުން ގްރޫޕު 'ބީ'ގައި ހިމެނޭ ޓީމު ތަކަކީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަންސް ގްރީން ސްޓްރީޓްސްއާއި އެންމެ ފަހުގެ ރަނަރަޕް ކްލަބް އީގަލްސްއާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އިތުރުން އޭދަފުށީ ފުޓްބޯޅަ ކްލަބެވެ. ޔުނައިޓެޑް ވިކްޓަރީ އިން މުބާރާތުގައި ބައިވެރިވާ ނަމަ އެ ކުލަބު ދާނީ ގުރޫޕް 'ބީ' އަށް ކަމަށް އެފްއޭއެމް އިން ވަނީ ބުނެފައެވެ. އަންނަ މަހުގެ ހަތަރެއްގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ފުރަތަމަ ބައްދަލު ކުރުމަށް ހަމަ ޖެހިފައިވަނީ ޓީސީ ސްޕޯޓްސް ކުލަބާއި ފޯކައިދޫ އެވެ.
ޔޫތު ޗެމްޕިއަންޝިޕް: އެންމެ ފަހުގެ ޗެމްޕިއަން އަދި ރަނަރަޕް އެއް ގުރޫޕަކަށް
މާލޭގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ރޭ 00؛05 ހާއިރު ކާނިވަލު ސަރަހައްދުގައި ހިންގި މާރާމާއާ ގުޅިގެން ހައްޔަރުކުރީ 21 އަހަރުގެ ފިރިހެނެއްކަމަށެވެ. ކާނިވަލު ސަރަހައްދުގައި ހިންގި މި މާރާމާރީގައި ޒަހަމް ވެފައިވަނީ 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށެވެ. އެ ކުއްޖާއަށް އޭޑީކޭގައި ވަނީ ފަރުވާ ދީފައެވެ. ދާދި ފަހުން ހުޅުމަލޭގައި ވެސް ވަނީ މާރާމާރީއެއް ހިންގާފައެވެ. އަދި މިދިޔަ ހޯމަ ދުވަހުގެ ރޭގައި ވެސް ހުޅުމާލޭގައި ވަނީ ދެ މާރާމާރީއެއް ހިންގައި ދެ މީހަކު ޒަހަމް ކޮށްލައިފައެވެ. ނަމަވެސް އެ ދެ މީހުނަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.
ރޭ ހިންގި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި
މަނާމާ (ޖެނުއަރީ 28): ބަހުރެއިންގެ އިދިކޮޅު ލީޑަރު ޝޭހު އަލީ ސަލްމާން އުމުރަން ޖަލަށް ލާން ކުރި ހުކުމް އެގައުމުގެ ސުޕްރީމް ކޯޓުން ދަމަހައްޓައިފި އެވެ. ބަހްރެއިން އިން މިހާރު މަނާކޮށްފައިވާ އަލް ވަފާގު މޫވްމެންޓުގައި އިސްކޮށް ހުންނެވި އަލީ ސަލްމާން ޖަލަށް ލާން މިދިޔަ އަހަރު ހުކުމް ކުރީ، 2011 ވަނަ އަހަރު ގަތަރާ ގުޅިގެން ބަހްރެއިންގެ ސަރުކާރާ ދެކޮޅަށް ހަމަނުޖެހުން އުފައްދަން ރޭވި ކަމުގެ ދައުވާގަ އެވެ. އަލީ ސަލްމާންގެ އިތުރުން އިދިކޮޅު ލީޑަރުން ކަމަށްވާ ހަސަން ސުލްތާނާއި އަލީ އަލް އަސްވަދުގެ މައްޗަށް ކުރި އުމުރު ދުވަހުގެ ޖަލު ހުކުމް ވެސް ވަނީ ދަމަހައްޓައިފަ އެވެ. ބަހްރެއިންގެ ކުރީގެ ޕާލިމެންޓު މެމްބަރުން ކަމަށްވާ ސުލްތާނާއި އަސްވަދު މިހާރު ދިރިއުޅެނީ ގައުމުން ބޭރުގަ އެވެ. އަލީ ސަލްމާންގެ މައްޗަށް ކުރި ހުކުމް ދެމެހެއްޓީ، ހަތަރު އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށެވެ. ދެހާސް ފަނަރަ ވަނަ އަހަރު އޭނާގެ މައްޗަށް އެ ހުކުމް ކުރީ ސުންނީ މުސްލިމުންނާ މެދު ނަފްރަތު އުފެދޭ ގޮތަށާއި ގާނޫނާ ހިލާފަށް އަމަލު ކުރުމަށް ހިތްވަރުދިން ކަމަށް ބުނެ އެވެ. ގަތަރުން ވަނީ އަލީ ސަލްމާނާ ގުޅިގެން ޖާސޫސު ކުރި ކަމަށް ބުނާ ތުހުމަތުތައް ދޮގުކޮށްފަ އެވެ. ސުޕްރީމް ކޯޓުގެ އެނިންމުން ބަހްރެއިން އިންސްޓިޓިއުޓް ފޯ ރައިޓްސް އެންޑް ޑިމޮކްރަސީން ވަނީ ކުށްވެރިކޮށްފަ އެވެ. އަދި އެއީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށާއި އެއީ ސިޔާސީ ބޭނުމަކަށް ކުރި ހުކުމެއް ކަމަށް ތުހުމަތުކޮށްފަ އެވެ.
ބަހްރެއިންގެ އިދިކޮޅު ލީޑަރުގެ މައްޗަށް ކުރި ޖަލު ހުކުމް ދަމަހައްޓައިފި
މިދިޔަ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަހުމަދު ޒިޔާދު ބާގިރު އެވިޑް ކޮލެޖުގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ ޑީންގެ މަގާމަށް އައްޔަނުކުރައްވައިފި އެވެ. އެވިޑް ކޮލެޖުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އޭނާއަށް ޑީންކަމުގެ މަގާމުގެ ލިޔުން ވަނީ ހަވާލުކޮށްފަ އެވެ. ޑރ. ޒިޔާދު ވަނީ އިސްލާމިކް ސްޓަޑީޒްއިން ޕީއެޗްޑީވެސް ހާސިލް ކުރައްވައިފަ އެވެ. ޕީއެޗްޑީ ހާސިލް ކުރެއްވިއިރު ސްޕެޝަލައިޒް ވެފައިވަނީ އިސްލާމިކް ފިގުހުގެ ދާރިއާއިންނެވެ. ޑރ. ޒިޔާދު މީގެ ކުރިން ވަނީ އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމު ވެސް ފުރުއްވައިފަ އެވެ. ޑީންގެ މަގާމުގެ އިތުރުން ޑެޕިއުޓީ ޑީންގެ މަގާމަށް ވެސް ރޭ ބޭފުޅަކު ވަނީ އައްޔަނުކުރައްވައިފަ އެވެ. އެ މަގާމަށް އައްޔަނުކޮށްފައި ވަނީ އަރަބިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ނަސްރުﷲ މުސްތަފާއެވެ. އެވިޑުން ބުނީ އެ ކޮލެޖުން އަރަބި ބަހާއި އަދި ޝަރީއާ އެންޑް ލޯ ވެސް ކިޔަވައިދިނުމަށް މިހާރު ތައްުޔާރުވަމުންދާ ކަމަށެވެ. އަދި މިހާރު އެކަން އުޅެނީ "އެޕްރޫވަލް" ސްޓޭޖުގައި ކަމަށްވެސް އެ ކޮލެޖުން ބުންޏެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު އެވިޑްގެ އިސްލާމިކް ފެކަލްޓީގެ ޑީންއަށް
މާލޭ މަސްމާރުކޭޓު ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން ބުނީ މިއަދު ހެނދުނު 07:05 ހާއިރު މި އެކްސިޑެންޓް ހިނގީ ޕާކު ކޮށްފައި އޮތް ޕިކަޕެއްގައި ސައިކަލެއް ޖެހިގެން ކަމަށެވެ. "އެކްސިޑެންޓްވި ކުއްޖާގެ ވިންދު ނުޖަހާ، ފަހުން ހޮސްޕިޓަލަށް ގެންގޮސް ދެއްކުމުން ކުއްޖާގެ ވިންދު ޖަހާ ކަމަށް ޑަކްޓަރުން ބުނޭ،" ފުލުހުން ބުންޏެވެ. މާލޭ މަސްމާރުކޭޓު ސަރަހައްދުގައި މިއަދު ހެނދުނު ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައި-- ފޮޓޯ: ކިޔންތެރިއެއް ފުލުހުން އިތުރަށް ބުނީ މިއަދު ހިނގި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 17 އަހަރުގެ ކުއްޖަކަށް ކަމަށެވެ. އަދި އެ ކުއްޖާއަށް މިހާރުވެސް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. "ކުއްޖާގެ ހާލު ކްރިޓިކަލް ކަމަށް ޑަކްޓަރުން މައުލޫމާތުދޭ،" މިއަދު ހިނގި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން ކުއްޖާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ އިރު، އެކުއްޖާ ދުއްވި ސައިކަލަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އާދަޔާ ޚިލާފަށް ބާރު ސްޕީޑްގައި އެއްގަމު އުޅަނދުތައް ދުއްވުމާއި، އަދި އެނޫންވެސް ދުއްވުމުގެ ގަވާއިދާ ޚިލާފު ޢަލަމުތަކުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓްތައް މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ޕިކަޕެއްގައި ސައިކަލަކުން ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި
ޕީޕީއެމްގެ މުދަލާއި ތަކެތި ބޭނުންކޮށްގެން އަލަށް އުފައްދަ ޕާޓީ ޕީއެންސީ އުފެއްދުމުގެ މަސައްކަތް ކުރާ މައްސަލަ ބަލަން ތިން މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލައި ދެ ދުވަސްތެރޭގައި އެ މައްސަލަ ނިންމަން އިލެކްޝަންސް ކޮމިޝަނުން އަންގައިފި އެވެ. އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ ޕީއެންސީގެ މައްސަލަ ބަލަން އެ ކޮމިޝަނުގެ ލީގަލް ޑިޕާޓްމެންޓުގެ ދެ ބޭފުޅަކާއި ކޮމިޝަނުގެ ލޯ ފާމްގެ ބޭފުޅެއް ހިމެނޭ ގޮތަށް ތިން މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ދެ ދުވަސްތެރޭގައި ބަލައި ނިންމަން އަންގާފައިވާނެ ކަމަށެވެ. އިލެކްޝަނުން ޕީއެންސީގެ މައްސަލަ ބަލަނީ އަމިއްލަ ފަރާތަކުން އެކޮމިޝަނަށް މައްސަލަ ހުށަހެޅުމުންނެވެ. އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ހުއްދަ ދިން ކަމުގައިވީ ނަމަވެސް އެ ޕާޓީގެ ހުއްދަ ބާތިލު ވެދާނެ ކަމުގެ ބިރު ވަނީ އުފެދިފަ އެވެ. ސިޔާސީ ޕާޓީތަކުގެ އާ ގަވާއިދުގައިވާ ގޮތުން ޕާޓީއެއް އުފައްދަން ހުއްދަދީފައި ވަނިކޮށް އެހެން ޕާޓީއެއްގެ މުދަލާއި ވަސީލަތް ބޭނުންކޮށްގެން ޕާޓީ އުފައްދާކަން ތަހުގީގަށް ސާބިތުވެއްޖެ ނަމަ ޕާޓީ ހަދަން ދިން ހުއްދަ ބާތިލު ކުރެވޭނެ އެވެ. ސިޔާސީ ޕާޓީތަކުގެ އާ ގަވައިދުގައިވާ ގޮތުން އެފަދަ ކަމެއް ކޮމިޝަންގެ ތަހުގިގަށް ސާބިތުވެއްޖެ ނަމަ، އާންމު މަސްލަހަތައް ބަަލައި، އެ ޕާޓީއެއް އުފެއްދުމަށް ދީފައިވާ ހުއްދަ ބާތިލް ކުރުމުގެ އިހްތިޔާރު ކޮމިޝަނަށް ލިބިގެންވެ އެވެ. އަދި ހުއްދަދީފައިވާ ފަރާތުން ޕާޓީއެއް އުފެއްދުމަށް މަސައްކަތްކުރަމުން ދަނީ ނުރަނގަޅު ނުފޫޒާއި ބާރު ބޭނުންކޮށްގެން ނުވަތަ އޮޅުވައިލައިގެން ކަމަށް ސާބިތުވެއްޖެ ނަމަވެސް، ޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ބާތިލު ކުރެވޭނެ ކަމަށް އެ ގައިވާއިދުގައިވެ އެވެ. ކޮންގްރެސް ޕާޓީ އުފެއްދުމަށް މިދިޔަ މަހު 27 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީގެ މުއައްސިސް އަދި ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަށް ހުއްދަ ދީފަ އެވެ. އަދި ޕާޓީ ރަޖިސްޓްރީ ކުރުމަށް 3،000 މީހުން ހަމަވުމުން ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ހުއްދަދީފަ އެވެ. ކޮންގްރެސް ޕާޓީ އުފެއްދުމަށް ޕީޕީއެމްގެ މުދަލާއި ވަސީލަތްތައް ބޭނުން ކުރަމުން ދާކަމަށް އެޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނިސްބަތްވާ މައުމޫން ރީޕޯމް މޫވްމަންޓް އާއި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ ގެ ބައެއް މެމްބަރުން ވެސް ވަނީ ތުހުމަތު ކޮށްފަ އެވެ. އަދި ޕީޕީއެމްގެ އޮފީސް ތެރޭ ކޮންގްރެސް ޕާޓީ އަށް މެމްބަރުން ސޮއި ކުރަމުންދާ ކަމަށް އެފަރާތްތަކުން ތުހުމަތު ކުރެ އެވެ. ކޮންގްރެސް ޕާޓީއަށް ވަނުމަށް އެދޭ ފޯމުގައި ޕާޓީގެ އިދާރާގެ ނަމަކަށް ޖަހާފައި ވަނީ ވެސް ޕީޕީއެމްގެ އިދާރާ ކަމުގައި ހ. ހުރަފަ އެވެ.
ޕީއެންސީގެ މައްސަލަ ބަލަން ކޮމިޓީއެއް، މައްސަލަ ދެ ދުވަސްތެރޭ ނިންމަން އަންގައިފި
ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، މަޖިލީހުގެ މެމްބަރުން ކަމަށްވާ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ އަނބުރާ ގެންގޮސްފިއެވެ. އެ ބޭފުޅުންގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ އަކީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، އިތުރު ބަޔަކާ ގުޅިގެން ގާނޫނީ ސަރުކާރު ގާނޫނާ ހިލާފަށް ބަދަލު ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ކުރި ދައުވާ އެކެވެ. އެ ތިން ބޭފުޅުންގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ އަނބުރާ ގެންގޮސްފައިވާކަން ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވަނީ "ސަން"އަށް ކަށަވަރުކޮށްދެއްވާފައެވެ. ބިޝާމް ވިދާޅުވީ، އެ ބޭފުޅުންގެ ދައުވާ ބާތިލުކޮށް އެކަން އަންގާފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށެވެ. ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ބާތިލުކޮށްފައިވާ އިރު އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން އޭނާގެ މައްޗަށް އިތުރު ދައުވާތަކެއް ވެސް އުފުލި އެވެ. އެ ދައުވާތަކަކީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާ އެވެ. އޭގެ ތެރެއިން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވެ އޭނާގެ މައްޗަށް ވަނީ ހަތަރު މަހާއި 24 ދުވަހުގެ ހުކުމެއް ވެސް ކޮށްފައެވެ. އޭގެ އިތުރުން އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ ވަނީ ތިން އަހަރާއި ހަތް މަހާއި ހަތަރު ދުވަހުގެ ހުކުމެއް ކޮށްފައެވެ. އަބްދުﷲ ސައީދާއި އިލްހާމާއި ސިނާނުގެ ދައުވާ އަނބުރާ ގެންދިޔަ އިރު، މިދިޔަ ހަފްތާގެ ތެރޭގައި، ކުރީގެ ރައީސް މައުމޫނާއި، އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމުނާއި، ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމާއި، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާތައް ވެސް ވަނީ އަނބުރާ ގެންގޮސްފައެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރާއި ސިނާން އަދި އިލްހާމްގެ ޓެރަރިޒަމްގެ ދައުވާ އަނބުރާ ގެންގޮސްފި
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތ. ގުރައިދޫ ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ކުރިމަތިލައްވާ މުހައްމަދު ޣައްސާން މައުމޫނާ ދެކޮޅަށް ވާދަ ކުރައްވާ ކެންޑިޑޭޓަކަށް ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން ތާއީދު ކުރައްވަން ނިންމަވައިފި އެވެ. މިދިޔަ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހު ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ސަރުކާރުގައި ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ޣައްސާންއަށް ޕީޕީއެމްގެ ޓިކެޓު ދެއްވައިފަ އެވެ. ޣައްސާންއާ ދެކޮޅަށް ގުރައިދޫ ދާއިރާއަށް ވާދަ ކުރައްވާ އެއް ކެންޑިޑޭޓަކީ މުހައްމަދު އިބްރާހިމް މަނިކެވެ. މުހައްމަދު އިބްރާހިމް މަނިކު ކެމްޕެއިން ކުރައްވަމުން ގެންދަވަނީ ރައީސް މައުމޫންގެ ނަންފުޅު ބޭނުން ކުރައްވައިގެންނެވެ. މިއަދު ރައީސް މައުމޫން ވަނީ އެމަނިކުފާނުގެ ތާއީދު މުހައްމަދު އިބްރާހިމް މަނިކަށް އޮތްކަން ހާމަކުރައްވައި އޭނާއަށް މަރުހަބާ ވިދާޅުވެ، ކާމިޔާބީއަށް އެދިވަޑައިގެން ޓްވީޓު ކުރައްވައިފަ އެވެ. ރައީސް ޔާމީންގެ ސަރުކާރުގައ،ި ބައްޕާފުޅު މައުމޫންގެ އިތުރުން ބޭބޭފުޅު އަހުމަދު ފާރިސް މައުމޫނާއި، ދައްތާފުޅު ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ހައްޔަރުކުރި އިރު ވެސް ޣައްސާން ހުންނެވީ ރައީސް ޔާމީންގެ ސަރުކާރުގައި ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގަ އެވެ. އޭނާ އެއްވެސް އިރެއްގައި އާއިލާގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފައެއް ނުވެ އެވެ. ޣައްސާން ރައީސް ޔާމީންގެ ތާއީދާ އެކު ގުރައިދޫ ދާއިރާއަށް ވާދަ ކުރައްވާ އިރު، ބޭބޭފުޅު ފާރިސް ވަނީ ރައީސް މައުމޫންގެ ތާއީދާ އެކު މައްޗަންގޯޅި އުތުރު ދާއިރާއަށް ވާދަ ކުރައްވަން ނިންމަވައިފަ އެވެ.
ދަރިކަލުން ޣައްސާންގެ އިދިކޮޅު ކެންޑިޑޭޓަށް މައުމޫންގެ ތާއީދު
މިހާރު ރާއްޖޭގައި ވެރިކަންކުރަމުން އަންނަ، ކޯލިޝަން ސަރުކާރު ރޫޅިދާނެކަމުގެ އަޑުތައް ގަދަވެފައިވާ މި ދަނޑިވަޅުގައި، އެ ކޯލިޝަން ރޫޅުނަ ނުދީ ހިފެހެއްޓުމަށް، ކޯލިޝަންގެ އެއް ލީޑަރު ކަމަށްވާ ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ. މިއަދު ހެނދުނު ރައީސް މައުމޫނު، އެމަނިކުފާނުގެ ޓްވިޓަރ އެކައުންޓު މެދުވެރިކޮށް ވިދާޅުވީ، "ކޯލިޝަން ވަރުގަދަކޮށް ރޫޅުނަ ނުދީ ދެމެހެއްޓުމަކީ، އަޅުގަނޑުމެން އެންމެންގެ ގައުމީ ވާޖިބެއް،" ކަމަށެވެ. އެމަނިކުފާނު ވަނީ، "މިކަމުގައި އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި ހަތަރު ލީޑަރުންގެ މަސްއޫލިއްޔަތު ވަރަށް ބޮޑު،" ކަމަށް ވިދާޅުވެފައެވެ. "އަޅުގަނޑުމެން ހަތަރު ޕާޓީ ގުޅިގެން ކޯލިޝަނެއް އުފެއްދީ އިންސާފުވެރި ހެޔޮ ވެރިކަމެއް ގާއިމުކޮށް، ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށްދިނުމަށް. ވީމާ އަޅުގަނޑުމެން އެންމެންވެސް ޕާޓީ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު އިސްކުރުމަށް އަޅުގަނޑު ނުހަނު އިހްލާސްތެރިކަމާއެކު ގޮވާލަން،" ރައީސް މައުމޫން ވިދާޅުވިއެވެ. ރައީސް މައުމޫނު މިގޮތަށް ގޮވާލާފައި މިވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ދިމާކޮށް، ސަރުކާރު ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ދެ ބާރުކަމަށްވާ، އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގެ ކޯޅުންގަނޑު މެކުހަށް ޖަހާފައި ވަނިކޮށެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރު ބަލިކުރަން އެކުލަވައިލި ބިޔަބޮޑު ކޯލިޝަންގެ އެއްބަސްވުމާ ހިލާފުވެ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ވަނީ، މިދިޔަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާތަަކަށް ކުރިމަތިލާން ނިންމާފައެވެ. އެކަމާ ގުޅިގެން ޖުމްހޫރީ ޕާޓީން ވަނީ، އެއީ ކޯލިޝަންގެ އެއްބަސްވުމާ ޚިލާފުވުންކަމަށް ބުނެފައެވެ. ގާސިމްގެ އުދާސްތައް: ކޯލިޝަން ރޫޅުމާ ދިމާލަށް! އިތުރަށް ވިދާޅުވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، "އެމްޑީޕީއަށް ވެރިކަން ލިބުނީމާ" އަނެއްކާވެސް ޖޭޕީ މަގުމައްޗަށް އެއްލާލީ ކަމަށެވެ. އަދި ރައީސް ޔާމީންގެ ޕާޓީ އިސްތިސްނާ ނުވާ ގޮތަށް، މަޖިލީސް އިންތިހާބުގައި ޖޭޕީއާ ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކާ އެކު މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
ކޯލިޝަން ވަރުގަދަކޮށް ރޫޅުނަ ނުދީ ދެމެހެއްޓުމަކީ ގައުމީ ވާޖިބެއް: ރައީސް މައުމޫނު
ވޭތުވެ ދިޔަ ދުވަސްތަކުގައި ގިނަ އަދަދެއްގެ މަރުތަކާއި ހިތާމަވެރި ހާދިސާތަކެއް ރާއްޖޭގައި ހިނގާފައި ވާތީ އެކަމުގެ ކަންބޮޑުވުން ހޯމް މިނިސްޓަރު ޝެއިހް އިމްރާންއާ ބައްދަލުކޮށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ހިއްސާކުރައްވައިފި އެވެ. ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި އެ ބައްދަލުވުމުގައި މިނިސްޓަރު ޝިދާތާ ވިދާޅުވީ ފާއިތުވެ ދިޔަ މުއްދަތުގެ ތެރޭގައި އެ ބާވަތުގެ ގިނަ ހާދިސާތައް ހިނގައިފައިވާ ކަމަށާއި އަދި ބައެއް ހާދިސާތަކުގައި އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ހިމެނޭ ކަމަށެވެ. ހާއްސަ ރައްކައުތެރިކަމާއި އަޅައިލުން ބޭނުންވާ ފަރާތްތަކުގެ ޙައްގުތައް ހިމާޔަތްކޮށް، ރައްކާތެރިކަން ފޯރުކޮށްދިނުމަކީ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ އެންމެ އިސް އެއް ވާޖިބު ކަންފާހަގަކޮށް އެ ފަދަ މައްސަލަތައް ތަޙުގީގުކޮށް އިންސާފު ލިބިގެން ދިޔުމަކީ މިނިސްޓްރީގެ ވެސް މަޞްލަޙަތުގައި ހިމެނޭ ކަމެއް ކަން މިނިސްޓަރު ޝިދާތާ ވިދާޅުވި ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ. ހޯމް މިނިސްޓަރާއި ޖެންޑާ މިނިސްޓަރު މިއަދު ބައްދަލު ކުރައްވަނީ --- ފޮޓޯ: ޖެންޑާ ގޭންގް ކުށްތަކުގައި އެކި ފަރާތްތަކުން ކުޑަކުދިން ޝާމިލުކުރާ ކަމަށް ވިދާޅުވެ، އެ ފަދަ ކުށްތަކުން ކުޑަކުދިން ރައްކައުތެރިކުރަން އަޅަން ޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން ވެސް މިނިސްޓަރު ޝިދާތާ މަޝްވަރާކުރެއްވި އެވެ. މިނިސްޓްރީގެ ކަންބޮޑުވުންތަކަށް ފުރިހަމަ އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު ޢިމްރާން ދެއްވި ކަމަށް ޖެންޑާއިން ބުނެ އެވެ. އަދި ކުރިމަގުގައި، އެ ފަދަ ހާދިސާތައް މަދުކުރުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން ޚިޔާލު ބަދަލުކޮށްފައިވާ ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ބުނެ އެވެ. މިމަސް ތެރޭގައި ވަނީ ރާއްޖޭގައި ގާތް ގާތުގައި ކުއްލި ގިނަ މަރުތަކެއް ވެސް ހިނގައިފަ އެވެ. އަދި އެކްސިޑެންޓްތައް ވެސް ގިނަވެފައިވާ އިރު މާރާމާރީގެ ރިޕޯޓްތަކެއް ވެސް ވަނީ ހުށަހެޅިފަ އެވެ.
މަރުތަކާ ގުޅިގެން ޝިދާތާގެ ކަންބޮޑުވުން ހޯމް މިނިސްޓަރަށް
ށ. ފީވަކުން ދާދި ފަހުން ހޮވި 82 ކިލޯގެ މާވަހަރެއް ކަމަށް ބެލެވޭ ބައެއް މާލެ ގެނެސް ޓެސްޓުކުރުމުގެ މަސައްކަތް ފަށައިފި އެވެ. ފީވަކު ކައުންސިލްގެ ނާއިބު ރައީސް އަހުމަދު އާދިލް ވިދާޅުވީ އެ މާވަހަރުގެ ބައެއް އިއްޔެ ހަވީރު މާލެ ގެނަސް މިއަދު ޓެސްޓުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. "ގިނަ މީހުން ބުނަނީ އެއީ ހަމަ މާވަހަރެކޭ. ދާދި ފަހުން މިއަތޮޅު ކޮމަންޑޫން ހޮވި މާވަހަރުން އެތިކޮޅެއް ގެެނެސްގެން ބެލިއިރު ވެސް އެ މާވަހަރާ އެއާ ވަރަށް ވައްތަރު." އޭނާ ވިދާޅުވި އެވެެ. ފީވަކުގެ މީހެއް ކަމަށްވާ އަހުމަދު މަނިކު އެ "މާވަހަރު" ހޮވީ ފަތިހު ޑިންގީއެއްގައި ވަދާ ގޮސް އުޅެނިކޮށެވެ. ފީވަކުން މީގެ ކުރިންވެސް 300 ކިލޯގެ މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވެ އެވެ. އެ ފަހަރު އެއީ ސީދާ މާވަހަރަކަށް ނުވިޔަސް އެއީވެސް މާވަހަރުގެ ވައްތަރެއްކަމަށް އާދިލް ވިދާޅުވި އެވެ. ރާއްޖޭގައި ދޭތެރެ ދޭތެރެއިން މާވަހަރު ހޮވަ އެވެ. އަދި ބައެއް ފަހަރު އެއް ފަހަރާ ބައެއް ރަށްރަށަށް ގިނަ އަދަދެއްގެ މާވަަހަރު ވެސް ލައްގާފައި އެބަ ހުއްޓެވެ.
ފީވަކުން ހޮވި "މާވަހަރު"ގެ ބައެއް ޓެސްޓުކުރުމަށް މާލެ ގެނެސްފި
ތިން މީހުންނާއެކު ގދ. ތިނަދޫއިން ފުރައިގެން މާލެ ދަތުރުކުރި "ފްރެޝް" ނަމަކަށް ކިޔާ ދޯނި ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ ކަމަށް އެމްއެންޑިއެފްއިން ބުނެފިއެވެ. އެމްއެންޑީއެފްއިން ބުނީ ދޯނި ފެނުނުއިރު ދޯނީގައި ތިބީ ދިވެއްސަކާ ދެ ބިދޭސީންކަމަށެވެ. އަދި ދޯނި ފެނުނުއިރު ދޯނީގައި ތިބި ތިން މީހުންގެ ހާލުވެސް ރަނގަޅުކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. ގެއްލިގެން ހޯދަމުންދިޔަ އެ ދޯނީގެ ހަބަރެއް ވެފައިވަނީ ރޭ 00:50 ހާއިރު އެ ދޯންޏާ ގުޅުމުން ކަމަށާއި ދޯންޏާ ގުޅުމާއެކު އެމްއެންޑީއެފްގެ ލޯންޗެއް ދޯނި އޮތް ސަރަޙައްދަށް ގޮސް ދޯންޏާ ބެހޭ މައުލޫމާތު ނަގާފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ. އެމްއެންޑީއެފްއިން އިތުރަށް ބުނީ، ދޯންޏާ ނުގުޅި ގޮސްފައިވަނީ އިންޖީނު ހުއްޓުމުގެ ސަބަބުންކަމަށެވެ. އަދި ދޯނީގެ އިންޖީނަށް ދިމާވި މައްސަލަ ހައްލުކުރުމަށްފަހު ފަތިހު 04:00 ހާއިރު ގދ. ތިނަދޫއަށް ގޮސްފައިވާކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.
ތިން މީހުންނާއެކު ދަތުރުކުރަނިކޮށް ގެއްލުނު ދޯނި ފެނިއްޖެ
ރާއްޖެއިން މީހުން އުމްރާއަށް ގެންދިޔުމާ ބެހޭ އުސޫލެއް އެކުލަވާލައިފި އެވެ. މިދިޔަ ބުރާސްފަތި ދުވަހު ވަނީ އުމްރާއަށް މީހުން ގެންދިޔުމާ ބެހޭ އުސޫލު ގެޒެޓުކޮށްފަ އެވެ. އެ އުސޫލުގައި ވަނީ ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދޫކުރެވޭނީ، ދިވެހިރާއްޖެ އިން ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދުމުގެ ފުރުޞަތު ހުޅުވައިލުމުގެ ގޮތުން މިނިސްޓްރީން އިޢުލާނު ކުރުމުން އެ އިޢުލާނުގެ މުއްދަތުގައި ހުއްދައަށް އެދި ހުށަހަޅާ ކުންފުނިތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ކުންފުނިތަކަށް ކަމަށެވެ. އަދި ހުއްދަ ދޫކުރެވޭނީ ދެ އަހަރު ދުވަހަށް ކަމަށެވެ. އަދި އެ ކުންފުނާ އުމްރާއަށްދާ ފަރާތާ ދެމެދުގައި އެއްބަސްވުމެއް ހަދަން ޖެހޭނެ ކަަމަށް އުސޫލުގައި އޮވެ އެވެ. އެ އުސޫލުގައިވާ ގޮތުން، އުމްރާއަށް މީހުން ގެންދާ ކުންފުނިން، ވައިގެ މަގުން ދެކޮޅު ޓިކެޓް ކުންފުނީގެ ފަރާތުން ހަމަޖައްސަން ވާނެ އެވެ. ޢުމްރާއަށް ގޮސްތިބޭ ދުވަސްވަރު އެ ކުންފުންޏެއްގެ ޢުމްރާ ޕެކޭޖުގައިވާ ގޮތުގެމަތިން ޢުމްރާވެރިންނަށް ހުރުމާއި ކެއިންބުއިމާ އެއްގަމުގެ ދަތުރުތައް ހަމަޖައްސައިދޭންވާނެ އެވެ. އޭގެ އިތުރުން، މަހުރަމުން ފިޔަވައި ކޮޓަރިތަކުގައި ދެޖިންސު ވަކިން ބައިތިއްބަން ޖެހޭނެ އެވެ. އަދި އުމްރާވެރިން ރާއްޖެއިން ޢުމްރާއަށް ފުރާ ދުވަހުން ފެށިގެން އެނބުރި ރާއްޖެއަށް އައުމާ ހަމައަށް ޢުމްރާވެރިން ދަތުރުކުރާ ހުރިހާ ދަތުރުތަކެއްގައި ޢުމްރާވެރިންނާއެކު ކުންފުނީގެ ޒިންމާ އުފުލޭނެ ފަރާތެއްބައިވެރިވާން ޖެހޭނެ އެވެ. އަދި އުމްރާ ދަތުރެއްގައި އިމަޖެންސީ ހާދިސާއެއް ދިމާވެއްޖެ ނަމަ އެކަމެއް އިސްލާމިކް މިނިސްޓްރީއަށް އަންގަމުން ގެންދަން ޖެހޭނެ އެވެ. އެ އުސޫލުގައިވާ ގޮތުން، އުމުރުން 45 އަހަރު ނުފުރޭ އަންހެނަކު މަހުރަމަކާ ނުލައި އުމްރާ ނުގެންދެވޭނެ އެވެ. އަދި 18 އަހަރު ނުފުރޭ ކުދިން ގެންދަން ޖެހޭނީ ބެލެނެވެރިއަކާ އެކު އެވެ. މީގެ އިތުރުން ކޮންމެ އުމްރާ ދަތުރަކަށް ފަހު އެ ދަތުރަކާ ގުޅޭ ތަފްސީލީ ރިޕޯޓެއް ކޮންމެ ގްރޫޕަކުން ވެސް އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅަން ޖެހެ އެވެ. އަލަށް އެކުލަވާލައި އަމަލުކުރަން ފެށި އެ އުސޫލާ ހިލާފުވެއްޖެ ނަމަ އެ އުސޫލާ ހިލާފުވި ގްރޫޕެއް ޖޫރިމަނާ ކުރުމުގެ އިތުރުން ހުއްދަ ބާތިލު ކުރުމުގެ ބާރު އިސްލާމިކް މިނިސްޓްރީއަށް ލިބިގެންވެ އެވެ.
އުމްރާއަށް މީހުން ގެންދިޔުމާ ބެހޭ އުސޫލެއް އެކުލަވާލައިފި
ސްޕެނިޝް ލީގުގެ އެއްވަނާގައި އޮތް ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުން އެއްވަރުވެ، ޕޮއިންޓު ގެއްލުވާލުމާ ގުޅިގެން ފަރަގު ކުޑަ ކުރަން އެތްލެޓިކޯ މެޑްރިޑް އަށް ލިބުނު ފުރުސަތު އެ ޓީމުން ގެއްލުވާލި އިރު ފަހަތުން ރެއާލް މެޑްރިޑް އަރާ ހަމަކުރުމާއި ގާތަށް ޖެހިލައިފި އެވެ. ރޭ ސްޕެނިޝް ލީގުގައި އެތްލެޓިކޯ މެޑްރިޑް އާއި ރެއާލް ބެޓިސް ބައްދަލު ކުރި މެޗު ނިމުނީ 0-1ގެ ނަތީޖާ އަކުން ރެއާލް ބެޓިސް ކުރި ހޯދައިގެންނެވެ. މެޗުގެ ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީ އަކުން ބެޓިސް އަށް ކާމިޔާބު ކޮށްދިނީ ސާޖިއޯ ކަނަލެސް އެވެ. އެތްލެޓިކޯ މެޑްރިޑްގެ ކޯޗް ޑިއޭގޯ ސިމިއޯނޭ -- ފޮޓޯ / އެލެކްްސް ފިޝާ ޗެލްސީއިން ލޯނުގެ އެއްބަސްވުމެއްގެ ދަށުން ދާދި ފަހުން އެތްލެޓިކޯއާ ގުޅުނު އަލްވަރޯ މޮރާޓާ ހިމަނައިގެން ރޭ ކުޅުނު މެޗުން ބަލިވުމާ އެކު 18 މެޗުން ބަލިނުވެ، އެ ޓީމުން ދަމަހައްޓަމުން އައި ރެކޯޑް ވަނީ ނިމުމަކަށް އައިސްފަ އެވެ. މީގެ އިތުރުން އެތްލެޓިކޯގެ އަވައްޓެރި ރެއާލް މެޑްރިޑް ވަނީ ރޭގެ މެޗުން ވެސް މޮޅުވެ ތާވަލުގެ ދެވަނަ އަށް އެރުމަށް ކުރަމުންދާ އުންމީދު އިތުރަށް ވަރުގަދަކޮށްފަ އެވެ. އެ މެޗުން މޮޅުވެ ރެއާލުން ވަނީ ދެ ވަނާގައިވާ އެތްލެޓިކޯ މެޑްރިޑްއާއި ދެ ޕޮއިންޓުގެ ލީޑަކަށް ފަރަގު ކުޑަކޮށްފަ އެވެ. ރޭގެ މެޗުގައި ރެއާލް އަށް ގޯލު ޖަހައިދީފައި ވަނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ކަރިމް ބެންޒީމާއާއި މި ސީޒަނަށް އަލަށް ގުޅުނު ޒުވާން ކުޅުންތެރިޔާ ވިނިޝަސް ޖޫނިއާގެ އިތުރުން މަރިއާނޯ ޑިއަޒް އެވެ. ވޭތުވެ ދިޔަ ދެ ތިން ސީޒަނުގައި ބެންޒީމާގެ ކުޅުމާއި ދޭތެރޭ ރެއާލްގެ ގިނަ ސަޕޯޓަރުންތަކެއްގެ ހިތްހަމަނުޖެހުން ފާޅުކުރި ނަމަވެސް މިހާރު އޭނާ ހުރީ ތަފާތު ފޯމެއްގަ އެވެ. މި ސީޒަނުގައި އެނަ ވަނީ 10 ގޯލު ސްޕެނިޝް ލީގުގައި ޖަހައިފަ އެވެ. މިދިޔަ އަހަރުގެ މުޅި ސީޒަނުގައި އޭނާއަށް ޖެހިފައި ވަނީ ފަސް ގޯލެވެ. ރެއާލް މެޑްރިޑްގެ ފޯވާޑް ކަރިމް ބެންޒީމާ -- ފޮޓޯ / ސްޓީފެން ކުރީކް ރެއާލް މެޑްރިޑްއަށް މި ސީޒަނަށް އަލަށް ގުޅުނު ބްރެޒިލްގެ ޒުވާން ފޯވާޑް ވިނިޝަސް ޖޫނިއާގެ ކުޅުމަށް ގިނަ ބައެއްގެ ތައުރީފު އޮއްސަމުން ދާއިރު އޭނަ ކުޅޭ ކޮންމެ މެޗަކުން ދަނީ ތަފާތު ދައްކަމުންނެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ކުރިސްޓިއާނޯ ރޮނާލްޑޯ ނެތްތަން ފޫބެއްދޭނެ ފެންވަރު ވިނިޝަސް ގައިގަ އެެބަހުއްޓެވެ.
އެތްލެޓިކޯ ފުރުސަތު ނަގާލި އިރު ރެއާލް މެޑްރިޑް އަރާ ހަމަކުރަނީ
އިންޑިއާ އިން ރާއްޖޭގައި ހަރުކުރުމަށް ނިންމި ރާޑަރުތަކުގެ މަސައްކަތް ފަށައިފި އެވެ. އިންޑިއާގެ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަނަލް އަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ރާޑަރުތައް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. ޝަމާލް ވިދާޅުވީ ރާއްޖެއިން އެންމެ ބޮޑަށް އިސްކަންދެނީ އިންޑިއާ ކަނޑުގެ ހަމަޖެހުމަށް ކަމަށާއި އަދި މިއީ އިންޑިއާ އަށާއި ރާއްޖެއަށް ވެސް ވަރަށް މުހިންމުކަމެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތްކޮށް މަސްތުވާތަކެއްޗާއި ވަގަށް އެތެރެކުރާ އެހެން ތަކެތި ހުއްޓުވުމަށް ކޯސްޓަލް ރާޑަރު ސިސްޓަމް ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އަދި އެ ރާޑަރު ސިސްޓަމްތައް ބެހެއްޓުމަށް މީގެ 10 ވަރަކަށް އަހަރު ކުރިން ވާހަކަތައް ދެކެވުނު ކަމަށާއި އެހެންނަމަވެސް އެކަން ފަހަކަށް އައިސް މަޑުޖެހިފައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިހާރު އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ. "މިހާރު މިދަނީ ދެވަނަ ފޭސްގެ މަސައްކަތް. މިހާރު 10 ރާޑަރުތައް ބެހެއްޓުމަށް މި ދަނީ މަސައްކަތް ކުރަނީ. އެ ހުރިހާ ރާޑަރުތަކެއް އެއް ސެންޓަރަކަށް ގުޅާލުމަށް މިދަނީ މަސައްކަތް ކުރަމުން." އޭނާ ވިދާޅުވި އެވެ. ޝަމާލް ވިދާޅުވީ މިވަގުތު ވާހަކަ ދެެކެވެފައި އޮތީ އެންމެ 10 ރާޑަރު ސިސްޓަމްތައް ބެހެއްޓުމަށް ކަމަށެވެ. އިންޑިއާއިން ދަނީ ރާޑަރު ސިސްޓަމްތައް ބެހެއްޓުމަށް މިޔަންމާ، އިންޑޮނޭޝިއާ އަދި ބަންގްލަދޭޝްއާ އެކު ވެސް މަޝްވަރާތައް ކުރަމުންނެވެ. ރާޑަރު ސިސްޓަމްތައް ބެހެއްޓުމަށް ނިންމި އިރު ދާދި ފަހުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ އިންޑިއާ އަށް ރަސްމީ ދަތުރެއް ވެސް ކުރައްވައިފަ އެވެ. އަދި އެ ދަތުރުގައި އެ ސިސްޓަމްތައް ބެހެއްޓުމާ ބެހޭ ގޮތުން މަޝްވަރާކުރެވުނު ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ބުނެފައިވެ އެވެ.
އިންޑިއާ ރާޑަރުތައް ރާއްޖޭގައި ހަރުކުރުމުގެ މަސައްކަތް ފަށައިފި
މީގެ ފަނަރަވަރަކަށް އަހަރު ކުރިން ޕްލޭންކޮށްފައިވާ ފިލްމު "ކަލަންކް"ގެ މަންޒަރުތައް ނެގުމަށްފަހު ފިލްމުގެ ޝޫޓިން ކާމިޔާބުކަމާ އެކީ ނިންމާލައިފިއެވެ. ޕީރިއަޑް ޑްރާމާ "ކަލަންކް" ރިލީޒްކުރާނީ އަންނަ އޭޕްރިލް މަހުގެ 19 ވަނަ ދުވަހުއެވެ. ޝޫޓިން ނިންމާލުމަށްފަހު ވަރުން ދަވަން ކުރި ޓްވީޓްގައި ބުނީ ފިލްމުގެ ޝޫޓިން ކާމިޔާބު ކަމާ އެކީ ނިންމާލެވުނު ކަމަށާއި މި ފިލްމަކީ އޭނާގެ ކެރިއަރުގައި އެންމެ ބޮޑު ފިލްމު ކަމަށެވެ. އަދި ފޭނުން މާޔޫސްނުވާނެހެން ހުރިހާ ކާސްޓުންވެސް މަސައްކަތްކޮށްފައިވާ ކަމަށެވެ. ވަރުން އިތުރަށް ބުނީ ފިލްމު އަޅުވާ ތާރީހަށް އިންތިޒާރުކުރާ ކަމަށެވެ. ދަރްމާ ޕްރޮޑަކްޝަން އާއި ނަޑިއަވާލާ ގްރޭންޑްސަން އެންޓަޓެއިންމަންޓް އިން ގުޅިގެން ގެނެސްދޭ އެ ފިލްމުގެ ތަރީންގެ ތެރޭގައި ލެޖެންޑް މާދުރީ ދިކްސިޓް، ބަތަލާ ސޮނާކްޝީ ސިންހާ، އާލިއާ ބަޓް، އަތިދްޔާ ރޯއީ ކަޕޫރު ހިމެނެއެވެ. އަދި މީގެ އިތުރުން ބޮލީވުޑްގެ މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލު ވަރުން ދަވަން އަދި ސަންޖޭ ދަތު ވެސް އެ ފިލްމުން ފެނިގެންދާނެއެވެ. އަބީޝޭކް ވަރްމަން ޑައިރެކްޓްކުރާ އެ ފިލްމަކީ ފޮކްސް ސްޓާ ސްޓޫޑިއޯ އިން ގެނެސްދޭ ފިލްމެކެވެ. "މިއީ 1940ގެ އަހަރުގެ ވާހަކަތަކެއް ކިޔާދޭނެ ފިލްމެއް. މި ފިލްމަކީ ކަރަން ޖޯހަރު އަދި ޔަޝް ޖޯހަރު މީގެ 15 އަހަރު ކުރިން ޕްލޭންކޮށްފައިވާ ފިލްމެއް،"
"ކަލަންކް"ގެ ޝޫޓިން ކާމިޔާބު ކަމާއެކީ ނިންމާލައިފި
އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ބެހޭ މަޝްވަރާތައް ގައުމީ ލަފާދޭ ކޮމިޓީން ފަށައިފި އެވެ. މަޖިލިސް އިންތިހާބާ ގުޅިގެން ގައުމީ ލަފާދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވާފައި ވަނީ މިއަދު އެވެ. މިއަދު ބޭއްވި ބައްދަލުވުމުގައި ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުންތައް ބާއްވާނެ ދުވަސްތަކާ މެދު މަޝްވަރާ ކުރެވުނު ކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވި އެވެ. އެގޮތުން ކޮންމެ ބުދަ ދުވަހަކު ޖަލްސާ ބާއްވަން ގައުމީ ލަފާދޭ ކޮމިޓީން ނިންމާފައިވާ ކަަމަށް އަކްރަމް ވިދާޅުވި އެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ރައްޔިތުން ހޭލުންތެރި ކުރުވުމަށް ސިޔާސީ ޕާޓީތަކާއި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް އަކްރަމް ވިދާޅުވި އެވެ. މިއަދު ބޭއްވި ގައުމީ ލަފާދޭ ކޮމިޓީގައި 26 ފަރާތަކުން ބައިވެރިވި ކަމަށް އަކްރަމް ވިދާޅުވި އެވެ. ނަމަވެސް ޕީޕީއެމުން އެ ބައްދަލުވުމުގައި ބައިވެރިއެއް ނުވެ އެވެ. މަޖިލިސް އިންތިހާބު އޮންނާނެ ތާރީހެއް ކަމަށް އިލެކްޝަންްސް ކޮމިޝަނުން އިއުލާނުކޮށްފައި ވަނީ ހައެއް އެޕްރީލް އެވެ. އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު މިރޭ ހުޅުވާލަން އެ ކޮމިޝަނުން ވަނީ ނިންމާފަ އެވެ.
ގައުމީ ލަފާދޭ ކޮމިޓީން މަޖިލިސް އިންތިހާބުގެ މަޝްވަރާތައް ފަށައިފި
މަލްޓި ޕާޓީ ޑިމޮކްރެސީ ރާއްޖެއަށް ތައާރަފު ކުރި ފަހުން ރާއްޖޭގެ ވެރިކަމަށް ބަޔަކަށް އާދެވިފައި ވަނީ މުޅީންވެސް ކޯލިޝަނެއްގެ ތެރެއިންނެވެ. އެހެން ނަމަވެސް، ރާއްޖެއަކީ ކޯލިޝަން ރޫޅުމުގެ ހިތި ތާރީހެއް އޮތް ގައުމެކެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމަށް ގެންނާން އުފެއްދި ކޯލިޝަންވެސް ރޫޅުމުގެ ނިޝާންތައް މިހާރު ދަނީ ފެންނަމުންނެވެ. އަނެއްކާވެސް ރާއްޖެ މިއޮތީ ތާރީހު އިއާދަ ވުމުގެ ތުންފަތް މަތީގައެވެ. ރިޔާސީ އިންތިހާބުގެ ކުރީން ކޯލިޝަނުގެ ޕާޓީތައް ވަނީ އެ ޕާޓީތަކުން އަމަލު ކުރާނޭ ގޮތުގެ އެއްބަސްމެއް ވެފައެވެ. އެ އެއްބަސްވުމުގެ ދަށުން ބާރުތައް ބަހާލަން ޕާޓީތަކުން އެއްބަސްވިއެވެ. އެގޮތުން މަޖިލީހަށް ވެސް ކުރިމަތިލާނެ ވަކި ގޮތްތަކެއް ޕާޓީތަކުން އޮތީ ނިންމާފައެވެ. ކޮންމެ ޕާޓީއަކުން ވާދަ ކުރާނެ ވަކި ދާއިރާތަކެއް ނިންމާ ގޮތަށް އޮތީ އެއްބަސްވެފައެވެ. އެހެން ނަމަވެސް، އެ އެއްބަސްވުމާ ހިލާފުވެ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ވަނީ، މިދިޔަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާތަަކަށް ކުރިމަތިލާން ނިންމާފައެވެ. އެ ޕާޓީގެ ގައުމީ ޖަލްސާއެއްގައި އެ ނިންމުން ނިންމީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ހުށަހެޅުމަކަށް ނެގި ވޯޓަކުންނެވެ. 1 ޑިސެންބަރ 2018 ގައި އެމްޑީޕީއިން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް އެމްޑީޕީގެ ނިންމުން ވެގެން ދިޔައީ ކޯލިޝަނުގެ އެހެން ޕާޓީތަކުގެ މެދުގައި ނުތަނަވަސްކަން އުފެދުނު ކަމަކަށެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑަށް އެކަމާ ނުތަނަސްވެވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ. ގާސިމްގެ އުދާސްތައް މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވަނީ އެމްޑީޕީގެ ނިންމުމަށް ފުރަތަމަ ފަހަރަށް ނުސީދާކޮށް އެއްޗެއް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 87 ދާއިރާއަށް ވާދަ ކުރަން، ޖޭޕީއަށް ވެސް ކެރޭނެ ކަމަށެވެ. އަދި ޖޭޕީ ހުރިހާ ދާއިރާއަކަށް ވާދަ ނުކޮށް އޮތީ ވާދަ ކުރަން ނުކެރިގެން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. "87 ދާއިރާއަށް ނުކުންނަން ޖެހިއްޖެއްޔާ އަޅުގަނޑުމެންނަށް ވެސް 87 ދާއިރާއަށް ނުކުމެވޭނެ. ނުކުންނާނަން،" ގާސިމް ވިދާޅުވިއެވެ. އެރޭ ގާސިމް ވަނީ އެމްޑީޕީގެ ރައީސް ނަޝީދަށް ވެސް ނުސީދާކޮށް ބަހުގެ ހަމަލާތައް އަމާޒުކުރައްވާފައެވެ. "އަޅުގަނޑުމެން ހަމަ ހިމޭނުން ތިބީކީ މީހެއްގެ ޖާނުން ބޮޑުވެގެން، ނޫނީ ވިއްޔާ ކުޑަވެގެން ނުކުންނަން ނުކެރިގެނެއް ނޫން. ކޮންމެހެން ކަންތައްތައް ކާމިޔާބު ވަނީކީ ބޮޑު ކުޑަމިނަކުންނެއް ނޫން،" ގާސިމް ވިދާޅުވިއެވެ. އޭގެ ފަހުން ވެސް ނަޝީދާ ގާސިމާ ދެމެދުގައި ވަނީ ބަހުގެ ހަމަލާތަކެއް، ގޮސްފައެވެ. ނަޝީދު ދެއްކެވި ވާހަކަތައް އާންމުކޮށް ގާސިމް ރައްދު ދެއްވާފައިވެއެވެ. އެގޮތުން، އެމްޑީޕީގެ މަޖިލީސް ޕްރައިމަރީ ކެމްޕެއިނުގެ ތެރޭގައި ނަޝީދު ދެއްކެވި ވާހަކަތަކަށް ވެސް ގާސިމް ވަނީ ފާޑު ވިދާޅުވެފައެވެ. ކުރީގެ ރައީސް ނަޝީދާއި ގާސިމް ވާހަކަފުޅު ދައްކަވަނީ -- ކެމްޕެއިނުގެ ތެރޭގައި ނަޝީދު އެންމެ އަޑުހަރުކޮށް ދެއްކެވި އެއް ވާހަކަ އަކީ، މި އަހަރުގެ ހޮވާ އާ މަޖިލީހުގައި އޮންނާން ވާނީ އެމްޑީޕީގެ މެޖޯރިޓީ ކަމަށް އޭނާ ދެއްކެވި ވާހަކައެވެ. އަދި ރައީސް ޞާލިހުގެ ވައުދުތައް ފުއްދުމަށް އެމްޑީޕީގެ މެޖޯރިޓީ މުހިންމު ކަމަށް އޭނާ ދެއްކެވި ވާހަކަތަކެވެ. އެކަމަށް ގާސިމް ވަނީ ދެފަހަރެއްގެ މަތީން ރައްދު ދެއްވާފައެވެ. ފުރަތަމަ ފަހަރު ރައްދު ދެއްވީ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ކުރީގެ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ޖުމްހޫރީ ޕާޓީއަށް ސޮއިކުރުމަށް ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ޖަލްސާގައި ގާސިމް ވިދާޅުވީ މިގައުމުގައި ދިރިއުޅެން ޖެހޭ ބަޔަކީ ތިމަންނަމެން އެކަންޏޭ އެއްވެސްބަޔަކު ހީކޮށްގެން ނުވާނެ ކަމަށެވެ. "ވާހަކަ ދެއްކިދާނެ ކޮންމެ ގޮތަކަށް ވެސް. ރާއްޖޭގެ ރައްޔިތުން ތިބީ އެންމެ މީހަކު ދައްކާ ވާހަކަ އަޑުއަހައިގެން އެންމެ މީހަކު ޖަހާހާ ބެރަކަށް ޑާންސު ކުރާކަށް ނޫންކަން އަދި ފާޑުފާޑުގެ އެއްޗެހި ހިފައިގެން ގޯޅިގޯޅި ކަންމަތީ ބިތްޖެހިފައި ތިބޭކަށް ނޫންކަން އަޅުގަނޑުމެންނަށް ރާއްޖޭގެ ރައްޔިތުން ސާފުކޮށްދެއްވަމުން އެބަ ގެންދަވާ،" ގާސިމް ވިދާޅުވިއެވެ. ޖުމްހޫރީ ޕާޓިން ބޭއްވި ޖަލްސާއެއްގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަފުޅު ދައްކަވަނީ---ސަން ފޮޓޯ/ ފަޔާޒު މޫސަ އޭގެ އަނެއް ދުވަހުގެ ރޭ ވެސް އޭނާ ވަނީ ހަމަ އެކަމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ. ގާސިމް އެރޭ ވިދާޅުވީ، އެއް ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ދިނުމަކީ ގައުމަށް އޮތް ނުރައްކަލެއްތޯ ނުވަތަ ނޫންތޯ ރައްޔިތުން ވިސްނަން ޖެހޭ ކަމަށެވެ. "2019 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ މެޖޯރިޓީއެއް ޕާޓީއަކަށް ދިނީމަ އޮތީ ނުރައްކަލެއްތޯ ނުވަތަ ރައްކާތެރި ކަމެއްތޯ. މިއީ އަޅުގަނޑުމެން ކަލްކިއުލޭޓްކޮށް ހިސާބު ޖަހާލަންވީ ކަމަކީ. މާޒީވެދިޔަ ތަނުން ތަޖުރިބާ ހާސިލުކުރަންވީ." ގާސިމް ވިދާޅުވިއެވެ. އެރޭ އެމްޑީޕީއަށް އަމާޒުކުރައްވައި ގާސިމް ވިދާޅުވީ، ކަމެއް ކުރަން ބޭނުން ވީމާ މަހުޖަނު މީހާ މުހިންމު ކަމަށެވެ. އަދި އެ ބޭނުމެއް ފުދުމުން މަހުޖަނުންނަށް ބުނަނީ "ހޯހޯ" ކަމަށް އޭނާ ވިދާޅުވިއެވެ. ކޯލިޝަން ރޫޅުނީބާ؟ އެމްޑީޕީގެ ނިންމުންތަކަށާއި ނަޝީދު ދެއްކެވި ވާހަކަތަކަށް ގާސިމް ރައްދު ދެއްވައި ވާހަކަފުޅު ދައްކަވަމުން ގެންދިޔަ ނަމަވެސް، އާހިރުގައި ސަރުކާރު ހިންގާ ކޯލިޝަން ރޫޅާލުމަށް ހުދު ގާސިމް ވެސް ބޭނުންފުޅު ނުވާނެ ކަމަށް ގިނަ ބަޔަކު ދެކުނެވެ. އެހެން ނަމަވެސް، ރޭ ގާސިމް ދައްކަވާފައިވާ ވާހަކަތަކުން މިހާރު ކޯލިޝަނެއް އެބަ އޮތްތޯ ވެސް ވަނީ ސުވާލު އުފެދިފައެވެ. ގާސިމް ރޭ ފުރަތަމަ ޓްވީޓު ކުރެއްވީ، ކުރީގެ ރައީސުންނަށް ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ނުލެވޭ ގޮތަށް ޖޭޕީއަށް ނިސްބަތްވާ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލްލަތީފު މުހައްމަދު މަޖިލީހަށް ހުށަހެޅުއްވި ބިލާ ގުޅޭ ގޮތުން އެމްޑީޕީން ނެރުނު ބަޔާނާ ގުޅިގެންނެވެ. "އެހެންކަމުން، މި ޕާޓީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކުރައްވައިގެން ޤާނޫނުއަސާސީއާ ހިލާފަށް ހުށަހަޅުއްވާފައިވާ އެ އިސްލާހު އަނބުރާ ނެންގެވުމަށް ގޮވާލާހިނދު، ޖުމްހޫރީ ޕާރޓީގެ ލީޑާޝިޕުން އެކަމުގައި އިސް ދައުރެއް އަދާކުރައްވައި އެކަން ކަށަވަރުކޮށްދެއްވުމަށް ވެސް އެމްޑީޕީ ޕާރލަމެންޓްރީ ގްރޫޕުން ގޮވާލަމެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން ޖޮއިންޓް ޕާރލަމެންޓްރީ ގްރޫޕްގެ ގުޅުމަށް އަރައިފާނޭ ބުރުލަކާ މެދު ވިސްނާވަޑައިގަތުމަށާއި މަސްލަހަތު ނުގެއްލޭނޭގޮތަށް ޢަމަލުކުރެއްވުމަށް ވެސް އިލްތިމާސްކުރަމެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ. އެ ބަޔާނާ ގުޅިގެން ގާސިމް ވިދާޅުވީ، ޖޮއިންޓް ޕާލިމްންޓްރީ ގުރޫޕު ރޫޅާލަފާނެ ކަމަށް އެމްޑީޕީން ބުނުމުން އޭނާ ހައިރާން ނުވާނެ ކަމަށެވެ. އަދި މިހާރު ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕެއް ނެތް ކަމަށް ދޭހަވާ ގޮތަށް ވެސް އޭނާ ރޭ ވާހަކަފުޅު ދެއްކެވިއެވެ. "ސުވާލަކީ މިހާރު އެބައޮތްހޭ އިތުރަށް ރޫޅާލާކަށް[ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕެއް]؟ މަޖިލީހަށް ހުރިހާ ގޮނޑިއަކަށް ކުރިމަތިލުމަށް އެމްޑީޕީން ނިންމީމާ އެއްބަސްވުމާއި ވައުދާ އަހުދާއި ހިލާފުވީ ނޫންތޯ.؟" ގާސިމް ވަނީ ސުވާލު އުފައްދަވާފައެވެ. ގާސިމް އިބްރާހިމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާހަކަުފުޅު ދައްކަވަނީ-- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް އެހެން ވިދާޅުވިތާ އެއްގަޑިއިރު ފަހުން ކުރި އެހެން ޓްވީޓެއްގައި ގާސިމް ވަނީ ސަރުކާރު ހިންގާ ކޯލިޝަން ރޫޅިފައިވާ ކަމުގެ އިތުރު އިޝާރާތެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ، "އެމްޑީޕީއަށް ވެރިކަން ލިބުނީމާ" އަނެއްކާވެސް ޖޭޕީ މަގުމައްޗަށް އެއްލާލީ ކަމަށެވެ. އަދި ޖޭޕީއަށް ޖެހިފައި ވަނީ މިފަހަރު ވެސް ސަލާން ޖަހަންކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ ޕާޓީ އިސްތިސްނާ ނުވާ ގޮތަށް، މަޖިލީސް އިންތިހާބުގައި ޖޭޕީއާ ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކާ އެކު މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމަށް އޭނަ ވިދާޅުވިއެވެ. "މަޖިލިހުގެ ގޮނޑިތަކަށް ކުރިމަތިލުމުގައި ޖޭޕީއާއެކު ގުޅިގެން މަޖިލިހުގެ ގޮނޑިތަކަށް ކުރިމަތިލުމަށް ހުރިހާ ބަޔަކާ ވާހަކަދައްކަން ޖޭޕީ ތައްޔާރު ވެއްޖައިން،" ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ. ގާސިމް އެހެން ވިދާޅުވިތާ މާ ގިނަ އިރެއް ނުވަނީސް، އެމްޑީޕީގެ މަޖިލިސް ޕްރައިމަރީއަށްފަހު އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ، ރިޔާސީ އިންތިހާބު ކާމިޔާބު ވުމުގެ އެންމެ ބޮޑު ހިއްސާއެއް ކޯލިޝަން ޕާޓީތަކުގެ ތެރެއިން އޮތީ އެމްޑީޕީގެ ކަމަށެވެ. "ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެންނަށް ލިބުނު ކާމިޔާބީގެ ބޮޑުބައެއް އަދާކުރީ އެމްޑީޕީން. މިއީ ހަގީގަތް. މިކަމުގައި ބުރަކޮށް އުޅުއްވީ ތިބޭފުޅުން،" ރައީސް ޞާލިހު ވިދާޅުވިއެވެ. އޭގެ އިތުރުން، ޖޭޕީގެ މެމްބަރު އަބްދުލްލަތީފު ހުށަހެޅުއްވި އިސްލާހާ ގުޅިގެން އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ހުރަސް އެޅުމަށްޓަކައި ހިނގާ ކަންތައްތަަކަކީ އެއީ ޑިމޮކްރެސީއާ އިދިކޮޅަށް ކުރެވޭ ކަމެއް ކަމަަށް ދެކިވަޑައިގަންނަވާ ކަމަށެވެ. ރިޔާސީ އިންތިހާބަށް ފަހު، ކޯލިޝަން ދެމެހެއްޓުމުގެ އުންމީދު އޮތް ނަމަވެސް، އުދާސްތައް އުތުރިއަރައިގެން އެންމެ ފަހުން ގާސިމް ރޭ ކުރެއްވި ޓްވީޓުތަކަށް ފަހު، ކޯލިޝަން ރޫޅި ތާރީހު އިއާދަ ވެދާނެތޯ މިހާރު ވަނީ ސުވާލު އުފެދިފައެވެ.
ގާސިމްގެ އުދާސްތައް: ކޯލިޝަން ރޫޅުމާ ދިމާލަށް!
ދެހާސް ފަނަރަ ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު މާލޭގައި ބޭއްވި މޭޑޭ މުޒާހަރާއާ ގުޅިގެން ކުށް ސާބިތުވެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގ. ކީމާ އަބްދުﷲ ރަޝީދު މުހައްމަދު ޖަލުގައި މަރުވި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ފޮނުވަން ނިންމައިފިއެވެ. އަބްދުﷲ ރަޝީދު މަރުވެފައިވަނީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށެވެ. އޭނާގެ މަރުގެ މައްސަލާގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިހުމާލު އޮތްކަމަށް އޭނާގެ އާއިލާ އިން ވަނީ ތުހުމަތުކޮށްފައެވެ. އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާއާ ގުޅިގެން، ކުށް ސާބިތުވެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދަނިކޮށް، މަރުވި ގ. ކީމާ އަބްދުﷲ ރަޝީދު މުހައްމަދު ގެ ޖަނާޒާގެ ތެރެއިން --- ސަންފޮޓޯ/ މުހައްމަދު އަފްރާހް ކ. މާފުށީ ޖަލުގައި ރަޝީދު މަރުވި މައްސަލަ 2017 ވަނަ އަހަރުގެ ފަހު ކޮޅު އެޗްއާރްސީއެމް އިން ތަހުގީގު ކުރަން ނިންމީ އަމިއްލަ އިސްނެގުމުގެ މަތިންނެވެ. މިއަދު އެޗްއާރްސީއެމް އިން ބުނީ އެ މައްސަލައިގެ ތަހުގީގު ނިންމައި ތަހުގީގަށް ރިއާއަތްކޮށް، ދައުވާ ކުރުމަށް އިއްޔެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަބްދުﷲ ރަޝީދުގެ އާއިލާއިން މީގެ ކުރިން ބުނެފައި ވަނީ އޭނާގެ ބަލިހާލު ބޮޑުވުން ވެސް ފަރުވާ ނުދީ ކަރެކްޝަންސް އިން ލަސްކޮށްފައިވާ ކަމަށާއި އެކަމުގައި ކަރެކްޝަންސްގެ އިހުމާލު އެބައޮތް ކަމަށެވެ.
އަބްދުﷲ ރަޝީދުގެ މަރާ ގުޅިގެން ދައުވާ ކުރަން ފޮނުވަން ނިންމައިފި
ބިޑަކާ ނުލައި ދައުލަތުގެ މަޝްރޫއުތަކަށް ބިޑް ހުށަހެޅޭ ގޮތަށް ހުޅުވާލުމަކީ ކޮރަޕްޝަނާއި ފަސާދައަށް ހުޅުވޭ ދޮރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ރެޑްވޭވް އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ. ސަލީމު މިއަދު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ދެފުށް ފެންނަ ހެޔޮ ވެރިކަމެއް ކުރުމަށް ކަމަށާއި ބިޑަކާ ނުލައި "ހޭންޑް ޕިކްކޮށްގެން" ދައުލަތުގެ މަޝްރޫއުތައް ވަކި ބަޔަކަށް ހަވާލުކުރެވޭ ފަދަ އުސޫލެއް ގާއިމުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ބިޑްކުރުމަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލެއް ކަނޑައަޅައި މިއަދު ވަނީ ގެޒެޓްގައި އާންމުކޮށްފަ އެވެ. ރައްޔިތުން ސަރުކާރާ މަތިކޮށްފައިވާ ޒިންމާ އާއި ސަރުކާރުން ވައުދު ވެފައިވާ ތަރައްގީގެ ލަނދުދަނޑިތަކަށް ވާސިލުވުމަށް އެހީތެރިކަން ފޯރުކޮށްދޭ މަޝްރޫއުތަކެއް ކަމުގައިވާ ނަމަ، އެފަދަ ޕްރޮޕޯޒަލްތައް ބަލައިގަތުމުގައި ކުރިއަށް ދާނެ ގޮތްތައް އެ އިއުލާންގައި ބަޔާންކޮށްފައިވެ އެވެ. ސަލީމް ވިދާޅުވީ ސަރުކާރުން ހިންގާނެ މަޝްރޫއުތަކާއި ޕްލޭންތައް ސަރުކާރަށް ކުރިން އެނގޭނެ ކަމަށާއި އެފަދަ މަޝްރޫއުތައް އާންމު ކުރާ އިރު، އޭގެ ތެރެއިން ވަކި ބަޔަކަށް އިސްކަން ދިނުމުގެ ފުރުސަތު ވަރަށް ރަނގަޅަށް ގާއިމު ކުރެވިގެންދާނެ ކަމަށެވެ. "މިއީ އެގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން، މާލިއްޔަތު ގާނޫނަށް ބަދަލުގެނެސްގެން ވެސް މިކަން ޖެހޭނީ ބަދަލުކުރަން. އަނެއް ކޮޅުން ކުރީ ސަރުކާރުގެ ކޮރަޕްޝަންގެ ވާހަކަ ދައްކައިގެން އައި ބަޔަކު މިފަދަ ކަމެއް ކުރުމަކީ ހަމަ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން،" ސަލީމް ވިދާޅުވި އެވެ. "މިކަމުން ވައްކަމާއި ފަސާދަ އަދި އިތުރަށް އަށަގަތުން ނޫން ކަމެއް ނުވާނެ،" ސަލީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ އެކު ރައްޔިތުންގެ މަޖިލީހުގައި 10 ވަރަކަށް އަހަރު ހޭދަ ކުރެެވިއްޖެ ކަމަށާއި ރައީސް ސޯލިހަކީ އެފަދަ ބޭފުޅެއް ނޫން ކަމަށާއި މިފަދަ ކަންކަން މި ހިނގަނީ އެ މަނިކުފާނު އަރިހުގައި ތިއްބަވާ ބޭބޭފުޅުންގެ ބާރާއި ނުފޫޒުގެ ސަބަބުން ކަމަށެވެ. ބިޑްނުކޮށް ޕްރޮޕޯޒަލް ހުށަހެޅޭނެ އުސޫލެއް އެކުލަވާލައިފި އިތުރަށް ވިދާޅުވުމަށް ސަލީމްގެ އިންޓަވިއުގައި އެހެން ނުކުތާއެއް ވެސް ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ މީސްމީސް މީހުންނަށް ވަޒީފާގެ ބިރުދެއްކުމުގެ ސަގާފަތެއް އަނެއްކާ ވެސް ފެތުރެމުން އަންނަ ކަމަށެވެ. ޚާއްސަކޮށް ފެނަކަ ކޯޕަރަރޭޝަންގައި މަސައްކަތް ކުރާ މީހުންނަށް އެ ބިރު ވަރަށް ބޮޑަަށް އޮތް ކަމަށް ވިދާޅުވި އެވެ. "ބައެއް މީހުންނަށް އަޅުގަނޑުމެންނާ ބައްދަލުކޮށް ވާހަކަ ދައްކާލުމަށް ނުކެރޭ ވަރަށް ވަޒީފާގެ ބިރު އެބައޮތް،" ސަލީމް ވިދާޅުވި އެވެ.
ބިޑްނުކޮށް ޕްރޮޕޯޝަލް ހުށައަޅަން ފުރުސަތު ދިނުމަކީ ކޮރްޕްޝަނަށް މަގުފަހިވާނެ ކަމެއް: ސަލީމް
ގައުމީ އެއާލައިން މޯލްޑިވިއަންގެ ޑިރެކްޓަރު އޮފް ޕައިލެޓް އޮޕަރޭޝަންސްގެ މަގާމުގައި ހުންނެވި މުހައްމަދު އަމީންގެ ބެލުމުގެ ދަށުގައި އޮތް ޕައިލެޓުންގެ ބައެއް މަސްއޫލިއްޔަތުތައް އޭނޭގެ އަތުން ނަގައިފި އެވެ. ޕައިލެޓުން އިއްޔެ އިހުތިޖާޖު ކޮށްފައި ވަނީ އަމީން މަގާމުން ދުރުކުރަން ޖެހޭ ކަމަށް ބުނެ އެވެ. އެކަމާ ގުޅިގެން އަމީން މަގާމުން ވަކި ކުރި ކަމަށް ބައެއް ނޫސްތަކުގައި ބުނި ނަމަވެސް އެއީ ދޮގު މައުލޫމާތެއްކަން 'ސަން' އަށް ވަނީ އެނގިފަ އެވެ. އެމައްސަލާގައި މިހާތަނަށް އަމީން މަގާމުން ދުރުކުރުން އަދި ސަސްޕެންޑް ކުރުން ފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާކަން އެނގިފައިވެ އެވެ. އަދި ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް މަޝްވަރާތައް ކުރިއަށްދާ ކަން އެނގިފައިވެ އެވެ. " އަމީން ހުރި އަދިވެސް އެ މަގާމުގައި. އެ ޑިޕާޓްމެންޓްގެ މަސައްކަތްތައް ބަހާލި މުވައްޒަފުންގެ މެދުގައި. އަމީންގެ މަގާމުގެ މަސްއޫލިއްޔަކަށް އެއްވެސް ބަދަލެއް ނާދޭ، ޕައިލެޓުންނާ ގުޅުން ހުރި ބައެއް ކަންކަން އެހެން މުވައްޒަފުންނާ ހަވާލުކުރީ." މޯލްޑިވިއަންއިން ވާހަކަދެއްކި އޮފިޝަލަކު ވިދާޅުވި އެވެ. އަމީން މަގާމުން ދުރު ނުކުރަނީސް ވަޒީފާއަށް ނުނިކުރުންނަން ރޭ ޕައިލެޓުން ނިންމި ނަމަވެސް މިއަދު ޕައިލެޓުން ވަނީ ވަޒީފާއަށް ނުކުމެފަ އެވެ. މޯލްޑިވިއަންގެ ޕީއާރް އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް 'ސަން' އަށް ވިދާޅުވީ މޯލްޑިވިއަންގެ ހުރިހާ ޕައިލެޓުން ވެސް ވަޒީފާއަށް ނުކުމެފައިވާ ކަމަށެވެ. އަދި ޝެޑިއުލްޑް އެއްވެސް ފްލައިޓަކަށް ބުރޫ ނާރައި ކުރިއަށްދާ ކަމަށް ވަސީމް ވިދާޅުވި އެވެ. އަދި މޯލްޑިވިއަންގެ އެމްޑީ ރިވްޒީ އަދި ޑީއެމްޑީ ޖެނިފާ ޕައިލެޓުންގެ ކަންބޮޑުވުންތައް އަޑުއެހުމަށް ރޭ ޕައިލެޓުންނާ ބައްދަލުކޮށްފައިވާ ކަމަށް ވެސް ވަސީމް ވިދާޅުވި އެވެ. އަމީނާ މެދު ޕައިލެޓުން ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ. އެގޮތުން ހަޑިހުތުރު ބަހުން މުވައްޒަފުންނާ ވާހަކަ ދެއްކުމާއި މުވައްޒަފުންނާ މެދު ތަފާތުކުރުން ގެންގުޅޭ ކަމަށް ތުހުމަތު ކުރެ އެވެ.
ޕައިލެޓުންގެ ބައެއް މަސްއޫލިއްޔަތުތައް އަމީން އަތުން ނަގައިފި
އިއްޔެ ބޭއްވުނު އެމްޑީޕީގެ މަޖިލިސް ޕްރައިމެރީއަކީ އެ ޕާޓީން ސިފަކުރާ ގޮތުން އެޕާޓީގެ އެންމެ ބޮޑު ހަރަކާތެވެ. އަދި ޕްރައިމެރީ ބާއްވައި އެމްޑީޕީން ޑިމޮކްރެސީގެ ރީތި މިސާލެއް ދެއްކެވި ކަމަށްވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން އިއްޔެ އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ރިފޯމް މޫވްމެންޓުން އެމްޑީޕީއަށް މަރުހަބާ ކިޔައި ދެއްކެވި މިސާލެވެ. އެމްޑީޕީއަކީ ވާދަވެރި ސިޔާސީ ޕާޓީ އެކެވެ. އެމްއާރުއެމްއިން ސިޔާސީ މައިދާނުގައި ހޯދަން ބޭނުންވާ ކާމިޔާބީތައް ގިނަވާނެއެވެ. ވާދަވެރި ޕާޓީތަކުގެ މައްޗަށް ކުރި ހޯދަންވެސް ބޭނުންވާނެއެވެ. ވާދަވެރި ކަމުގެ ތެރޭން ހިތް ހެޔޮ ކަމުގެ މިސާލެއް އެމްއާރުއެމްގެ މެމްބަރުން ވަނީ ދައްކަވާފައެވެ. ޔުމްނާ މައުމޫނު -- ރައީސް މައުމޫނުގެ ދަރިކަލުން އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ވަނީ ޓްވީޓް ކުރައްވާ ޕްރައިމެރީގެ ކުރިން ކެންޑިޑޭޓުންނަށް ކަމީޔާބީއަށް އެދި ޓްވީޓް ކުރައްވާފައެވެ. އަދި އޭގެ ފަހުން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ޕްރަައިމެރީ ކާމިޔާބު ކުރެއްވުމުން މަރުހަބާ ދެންނެވިއެވެ. އަދި ޕާޓީގެ ހުރިހާ ދާއިރާއަކުން ޕްރައިމެރީ ކާމިޔާބު ކުރެއްވި މެމްބަރުންނަށްވެސް ޔުމްނާ މަރުހަބާ ދެންނެވިއެވެ. އެމްއާރުއެމްއިންވެސް މަޖިލިސް އިންތިހާބުގައި ވާދަކުރާނެކަން އިއުލާނުކޮށްފައިވާއިރު އެހެން ޕާޓީއަކަށް މަރުހަބާ ދަންނަވައި ޓްވީޓް ކުރެއްވުމަކީ ރީ މިސާލެކެވެ. ޔުމްނާގެ އިތުރުން މައުމޫނު ރިފޯމްގެ އޮފިޝަލް ޓްވިޓާ އެކައުންޓުންވެސް ވަނީ އެމްޑީޕީގެ ޓިކެޓް ކާމިޔާބު ކުރެއްވި ހުރިހާ މެމްބަރުންނަށް ޝުކުރު އަދާކޮށްފައެވެ. #MDP_Primary2019 kaamiyaabu kurevvi hurihaa faraaiythakah maruhabaa dhannavan! — Maumoon Reform Movement (MRM) ???????? (@RMAG_MRM) January 18, 2019 ރައީސް މައުމޫނުގެ ރިފޯމްގައި އުޅުއްވާ އައިމިނަތު ނާދިރާ އަދި މައުމޫނު ރިފޯމްގެ ގިނަ މެމްބަރުން ވަނީ އެމްޑީޕީ ޕްރައިމެރީ ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންނަށް މަރުހަބާ ވިދާޅުވެފައެވެ. މީގެ އިތުރުން މިއަދު ހެނދުނު ރައީސް މައުމޫނު ވަނީ، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީ ޕްރައިމަރީގައި ވާދަކޮށް ކާމިޔާބު ހޯއްދެވި ހުރިހާ މެންބަރުންނަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އެންމެން ގުޅިގެން ގައުމުގެ ހަމަޖެހުމާ ސަލާމަތަށް މަސައްކަތްކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ. ރައީސް މައުމޫނުގެ ދަރިކަނބަލުން އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނުވެސް އެމްޑީޕީ ޑިމޮކްރެސީގައި ދެއްކެވި މިސާލަށް މަރުހަބާ ދަންނަވާފައެވެ. އަދި އެމްޑީޕީގެ ޕްރައިމެރީ ސްރީލަންކާގައި ކުރިއަށް ދިޔަ ގޮތް ބައްލަވާލަންވެސް ދުންޔާ ވަޑައިގަތެވެ. މައުމޫނު ރިފޯމް މުވްމަންޓުން ދެއްކެވި ރީތި މިސާލަށް އެމްޑީޕީ މެމްބަރުންވެސް ތައުރީފު ކުރިއެވެ. މީހުން ބުނާ ގޮތުން މައުމޫނުގެ ފަރާތުން ތަމްސީލު ކުރައްވާ ބޭފުޅުން ދައްކަވަނީ ރީތި މިސާލެކެވެ. އިންތިހާބެއްގައި ވާދަކުރައްވާއިރު ވާދަވެރިކަންވެސް އޮންނާނެއެވެ. އެކަމަކު އެއްބަޔަކު އަނެއް ބަޔަކަށް ލިބޭ ކާމިޔާބީގައި ބައިވެރިވުމަކީ އަބަދުވެސް ރީތި މިސާލެކެވެ.
އެމްޑީޕީއަށް މަރުހަބާ ކިޔައި، މައުމޫނު ރިފޯމުން ރީތި މިސާލެއް!
ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ސްރީންކުރުން މިއަދު އައިޖީއެމްއެޗްގައި ކުރިއަށްދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ. އެ ހޮސްޕިޓަލުން ބުނީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްދާ އެ ސްކްރީނިން އޮންނާނީ އައިޖީއެމްއެޗްގެ އާރްއެޗްސީ މީޓިން ރޫމުގައި ކަމަށެވެ. އެ ސްކްރީން ކުރުން މިއަދު މެންދުރު 13:00 އިން ހަވީރު 16:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. މިއަދަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ކެންސަރުގެ ދުވަހެވެ. ޑަބިލިއު އެޗްއޯގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެ ދިޔަ އަހަރު ދުނިޔޭގައި 9.6 މިލިއަން މީހުން ވަނީ ކެންސަރު ބަލީގައި ބަރުވެފަ އެވެ. ކެންސަރު ޖެހޭ މީހުންގެ ތެރެއިން 50 ޕަސެންޓް މީހުންނަކީ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ކެންސަރު ޖެހޭ މީހުން ކަމަށް ޑަބްލިއުއެޗްއޯއިން ބުނެ އެވެ.
ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ހިލޭ ސްކްރީން ކުރުން މިއަދު އައިޖީއެމްއެޗުގައި
ރޭ އިނގިރޭސި އެފްއޭ ކަޕުގައި ކްރިސްޓަލް ޕެލަސް އާއި ވާދަކޮށް ޓޮޓެންހަމް ކެޓި އިރު ޝެފީލްޑް ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައި ޗެލްސީ އެ މުބާރާތުގެ ފަސް ވަނަ ބުރަށް ދަތުރު ކޮށްފިއެވެ. ކްރިސްޓަލް ޕެލަސްގެ ދަނޑުގައި ކުޅުނު މެޗުގައި ޓޮޓެންހަމް ބަލިވެފައި ވަނީ 0-2ގެ ނަތީޖާ އަކުންނެވެ. މި ބައްޔާއެކު ޓޮޓެންހަމް ވަނީ ހަފްތާއެއްގެ ތެރޭގައި ދެ މުބާރާތުން ކަޓައިފައެވެ. މިދިޔަ ބުރާސްފަތި ދުވަހު ޗެލްސީއާ ކުޅެ އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެން ބަލިވެ ޓޮޓެންހަމް ވަނީ އިނގިރޭސި ލީގު ކަޕުން ވެސް ކަޓައިފައެވެ. ޓޮޓެންހާމް ގެ ކޯޗު މޯރީސިއޯ ޕޮޗެޓީނޯ -- ފޮޓޯ / ސްޓީފެން ކުރީކް މެޗު ފެށިގެން 9 ވަނަ މިނަޓުގައި ކްރިސްޓަލް ޕެލަސް އިން ވަނީ ގޯލެއް ޖަހައިފައެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ ކޮނޯ ވިކަމްއެވެ. އަދި މިގޯލަށް ފަހު ވެސް ޓޮޓެންހާމް އަށް ޕުރެޝަރ ކޮށް ކުރިސްޓަލް ޕެލަސް އިން ދިޔައީ މޮޅު ކުޅުމެއް ކުޅެމުންނެވެ. އެގޮތުން މެޗުގެ 34 ވަނަ މިނަޓުގައި ޕެލަސް އިން ވަނީ ގޯލެއް ޖަހައި ލީޑު ފުޅާ ކޮށްފައެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ ކުރީގެ ޓޮޓެންހަމް ކުޅުންތެރިއެއް ކަމަށްވާ އަންޑްރޮސް ޓައުންސެންޑް އެވެ. މި މެޗުން ބަލި ވުމާއި އެކު ޓޮޓެންހަމް ގެ ކޯޗަށް ވަނީ ގިނަ ބައެއްގެ ފާޑު ކިޔުންތަކެއް އަމާޒު ވެފައެވެ. ސަބަބަކީ ހަފްތާ އެއް ތެރޭގައި ދެ މުބާރާތަކުން ވެސް ޓޮޓެންހަމް ހިއްދަތި ގޮތަކަށް ކަޓައިގެން ގޮސްފައިވާތީއެވެ. މީގެ އިތުރުން ޗެލްސީ ވަނީ ރޭ ޝެފީލްޑް އާއި ބައްދަލު ކުރި މެޗު ފަސޭހަ ކަމާއި އެކު ކާމިޔާބުކޮށް އެފްއޭ ކަޕުގެ ފަސް ވަނަ ބުރަށް ދަތުރު ކޮށްފައެވެ. މި މެޗު އެ ޓީމު ކާމިޔާބު ކުރީ 0-3 ގެ ނަތީޖާއަކުންނެވެ. ޗެލްސީއަށް އަލަށް ގުޅުނު ގޮންޒާލޯ ހިގުއައިން -- ފޮޓޯ / ހެރީ ވެސްޓް ޗެލްސީއަށް އެންމެ ފަހުން ގުޅުނު ގޮންޒާލޯ ހިގުއައިން ވަނީ ރޭގެ މެޗުގެ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެފައެވެ. މި މެޗުގައި ޗެލްސީއަށް ގޯލު ތަށް ކާމިޔާބު ކޮށްދިނީ ބްރެޒިލްގެ ވިންގް ވިލިއަމް އާއި ޒުވާން މިޑްފީލްޑަރު ކަލުމް ހަޑްސަން-އޮޑޯއި އެވެ. ވިލިއަމް ވަނީ މި މެޗުގައި ދެ ގޯލު ޖަހާފައެވެ. ވޭތުވެ ދިޔަ ބުދަ ދުވަހު ޓޮޓެންހަމްގެ މައްޗަަށް ޕެނަލްޓީއިން ކުރި ހޯދައި ޗެލްސީއިން ވަނީ އިނގިރޭސި ލީގު ކަޕުގެ ފައިނަލަށް ދަތުރު ކޮށްފައެވެ. އެ މުބާރާތުގެ ފައިނަލަށް ދެން ދަތުރު ކުރި ޓީމަކީ މެންޗެސްޓާ ސިޓީއެވެ.
ޓޮޓެންހަމް މުބާރާތުން ކެޓި އިރު ޗެލްސީ ފަސް ވަނަ ބުރަށް
އުރީދޫ މޯލްޑިވްސް އިން މި އަހަރު ބާއްވާ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނެ ފަރާތްތައް އެކުންފުނިން ހާމަކޮށްފި އެވެ. އުރީދޫއިން ބުނީ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 21 ވާ ބުރާސްފަތި ދުވަހުގެ ކުރިން އެ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި ރެޖިސްޓްރީވެފައިވާ ފަރާތްތައް ކަމަށެވެ. އެ ކުންފުނިން ބުނީ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންނަށް އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ވެސް ބައިވެރިވެވޭނެ ކަމަށެވެ. އުރީދޫގެ އަހަރީ އާންމު ޖަލްސާގެ އެޖެންޑާ އަދި ނޯޓިސް މި މަހުގެ 15 ވަނަ ދުވަހު އެ ކުންފުނީގެ ވެބްސައިޓުގައި އާންމު ކުރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އަދި އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހާއި ތަން ވެސް އެ ދުވަހު އިއުލާނު ކުރާނެ ކަމަށް އުރީދޫންއިން ބުންޏެވެ.
އުރީދޫގެ އަހަރީ އާންމު ޖަލްސާގެ ބުކްސް ކްލޯސް ޑޭޓް އިއުލާނުކޮށްފި
ރައްޔިތުންގެ މަޖިލީހުގައި މީގެ ކުރިން ހިމެނި ވަޑައިގެންނެވި ނަމަވެސް، 18 ވަނަ މަޖިލީހަށް ހޮވިވަޑައި ނުގަންނަވާ ފަސް ބޭފުޅަކު 19 ވަނަ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓު ކާމިޔާބު ކުރައްވައިފިއެވެ. އެ ބޭފުޅުންނަކީ ކިނބިދޫ ދާއިރާގެ ޓިކެޓު ކާމިޔާބުކުރެއްވި މުހައްމަދު ނާޝިޒާއި ހުޅުދޫ ދާއިރާގެ ޓިކެޓު ކާމިޔާބު ކުރެއްވި އިލްޔާސް ލަބީބާއި މާފަންނު މެދު ދާއިރާގެ ޓިކެޓު ކާމިޔާބު ކުރެއްވި އިބްރާހިމް ރަޝީދު (ބޮންޑޭ) ގެ އިތުރުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު ކަން ކުރެއްވި އަހުމަދު އީސާ އަދި ކޮމަންޑޫ ދާއިރާގެ ޓިކެޓު ކާމިޔާބު ކުރެއްވި ހުސެން ވަހީދެވެ. ނާޝިޒް އަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަލިފުށި ދާއިރާ ތަމްސީލު ކުރެއްވި މެންބަރެވެ. 18 ވަނަ މަޖިލީހުގެ އިންތިހާބުގައި އޭނާ ކިނބިދޫ ދާއިރާ އަށް ވާދަކުރެއްވި ނަމަވެސް އިންތިހާބުން ނާކާމިޔާބުވެ ވަޑައިގެންނެވީއެވެ. ހުޅުދޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓު ކާމިޔާބުކުރެއްވި އިލްޔާސް ލަބީބު ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެ ދާއިރާ ތަމްސީލްު ކުރައްވައިފައެވެ. ނަމަވެސް މިހާރު ކުރިއަށްދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުޅުދޫ ދާއިރާ އަށް ވާދަކުރެއްވި ނަމަވެސް ކާމިޔާބުވެ ވަޑައެއް ނުގަންނަވައެވެ. މާފަންނު މެދު ދާއިރާގެ އެމްޑީޕީ ޓިކެޓު ކާމިޔާބުކުރެއްވި އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި ކެނދިކުޅުދޫ ދާއިރާގެ ޓިކެޓު ކާމިޔާބުކުރެއްވި އަހުމަދު އީސަ އަކީ ވެސް 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެ ދާއިރާތައް ތަމްސީލު ކުރެއްވި މެންބރުންނެވެެ. ނަމަވެސް 18 ވަނަ މަޖިލީހުގެ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިވެ ލައްވަން ޖެހިވަޑައިގެންނެވީއެވެ. ކޮމަންޑޫ ދާއިރާގެ ޓިކެޓު ކާމިޔާބުކުރެއްވި ހުސެން ވަހީދު ވެސް ވަނީ 17 ވަނަ މަޖިލީހުގައި ކޮމަންޑޫ ދާއިރާ ތަމްސީލު ކުރައްވައިފައެވެ.
ކުރީގެ ފަސް މެންބަރަކު ޓިކެޓު ކާމިޔާބު ކުރައްވައިފި
އިންސައިޓް ކޮންސަލްޓެންސީ ސާވިސް (އައިސީއެސް)އިން ޕްލާސްޓިކާ ދެކޮޅަށް ބާއްވާ "ޒީރޯ ޕްލާސްޓިކް ރަން" ހުކުރު ދުވަހުގެ ހެނދުނު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ. އައިސީއެސް މޯލްޑިވްސްއިން ބުނި ގޮތުގައި ޒީރޯ ޕްލާސްޓިކް ރަން އޮންނާނީ ހުކުރު ދުވަހުގެ ހެނދުނު 8:00 ގައި، ހުޅުމާލޭގައެވެ. ދުވުމުގައި ބައިވެރިވާ ފަރާތްތަކުން ދުވުން ފެށުމުގެ 30 މިނިޓު ކުރިން ހުޅުމާލޭ ސެންޓްރަލް ޕާކަށް ހާޒިރުވާންޖެހޭކަމަށް އައިސީއެސްއިން ބުނެއެވެ. ދަ ކްލީނިން ކުއެސްޓް"އާ ގުޅިގެން ބާއްވާ މި ދުވުން ހިނގާފައިވެސް ފުރިހަމަކުރެވިދާނެކަމަށް އައިސީއެސްއިން ބުނެއެވެ. ދުވުން ފުރިހަމަކުރަންޖެހޭނީ ދުވަމުންދާ އިރު މަގުމަތިން ފެންނަ ޕްލާސްޓިކް ހޮވައި، ކޮތަޅަކަށް އަޅަމުންނެވެ. ޒީރޯ ޕްލާސްޓިކް ރަންގެ ކިޓު މިހާރު ދޫކުރަމުން ގެންދާ އިރު، އެ ކިޓުގެ ތެރޭގައި ޕްލާސްޓިކް އަޅާ ޓޯޓް ބޭގެއްވެސް ދޭނެއެވެ. ޕްލާސްޓިކާ ދެކޮޅަށް ދުވުމެއް ބާއްވަނީ އިތުރަށް ވިދާޅުވުމަށް ކިޓު ދޫކުރަމުން ގެންދާނީ މިއަދު މެންދުރު 12:00 އިން ރޭގަނޑު 9:00 އަށް، އަދި މާދަމާއިން ފެށިގެން ޖެނުއަރީ 31 ގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށް އައިސީއެސްގެ އޮފީހުންނެވެ.
ޒީރޯ ޕްލާސްޓިކް ރަން ހުކުރު ދުވަހު ހެނދުނު، ކިޓު ދޫކުރަން ފަށައިފި
ރާއްޖޭގައި އެންމެ އާންމު ކެންސަރުތަކުގެ ތެރޭގައި ހިމެނެނީ އަނގައިގެ ކެންސަރު ކަަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 2016 ވަނަ އަހަރު އެންސްޕާ އަދި އާސަންދައިގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި އެންމެ ގިނައީ އަނގައިގެ ކެންސަރު ކަމަށެވެ. އަނގައިގެ ކެންސަރު ޖެހުމަށް މަގުފަހިވާ ކަންކަމުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ގިނައިން ދުފުމާއި ސުޕާރީ ފަދަ ތެކެތި ކެއުން ހިމެނޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އާބަދީގެ ނިސްބަތުން ވެސް އަނގައިގެ ކެންސަރު އެންމެ ގިނައީ ރައްޖޭގައި ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެެވެ. އާބާދީގެ ނިސްބަތުން އޭޝިއާގައި އަނގައިގެ ކެންސަރު އެންމެ ގިނައީ ރާއްޖޭގައި އިތުރަށް ވިދާޅުވުމަށް "ފިރިހެނުންނަށް އެންމެ އާންމުކޮށް ޖެހޭ ކެންސަރުގެ ތެރޭގައި އަނގައިގެ ކެންސަރު ޕްރޮސްޓޭޓް ކެންސަރު ބަނޑުގެ ކެންސަރު ފުއްޕާމޭގެ ކެންސަރު ހިމެނޭ. އަންހެނުންނަށް ޖެހެނީ އުރަމަތީގެ ކެންސަރު އަނގައިގެ ކެންސަރު ތައިރޮއިޑް ކެންސަރު ބަނޑުގެ ކެންސަރާއި ލޭގެ ކެންސަރު." އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެ އެވެ. ޑަބިލިއު އެޗްއޯގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެ ދިޔަ އަހަރު ދުނިޔޭގައި 9.6 މިލިއަން މީހުން ވަނީ ކެންސަރު ބަލީގައި ބަރުވެފަ އެވެ. ކެންސަރު ޖެހޭ މީހުންގެ ތެރެއިން 50 ޕަސެންޓް މީހުންނަކީ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ކެންސަރު ޖެހޭ މީހުން ކަމަށް ޑަބްލިއުއެޗްއޯއިން ބުނެ އެވެ. ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ހިލޭ ސްކްރީން ކޮށްދިނުން މިއަދު އެކަކުން ހަވީރު ހަތަރަކަށް އައިޖީއެމްޗުގައި ކުރިއަށްދާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ރާއްޖޭގައި އަނގައިގެ ކެންސަރު ވަރަށް އާންމު: އެޗްޕީއޭ
ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ކާމިޔާބީގެ ބޮޑެ ބައެއް އަދާކުރީ އެމްޑީޕީން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ މަޖިލިސް ޕްރައިމަރީއަށްފަހު އެ ޕާޓީގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކުރިން އޮތް ވެރިކަން ބަދަލުކޮށް އާ ވެރިކަމެއް ގެނައީ ރައްޔިތުން ވަރަށް ފޮނި އުންމީދުތަކަކާއެކު ކަމަށެވެ. އެކަންކަން ހާސިލުކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ސަރުކާރަށް ލިބިގެން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. "ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެންނަށް ލިބުނު ކާމިޔާބީގެ ބޮޑުބައެއް އަދާކުރީ އެމްޑީޕީން. މިއީ ހަގީގަތް. މިކަމުގައި ބުރަކޮށް އުޅުއްވީ ތިބޭފުޅުން،" ރައީސް ސޯލިހު ވިދާޅުވިއެވެ. ރައްޔިތުންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް އެމްޑީޕީގެ ބޮޑުބައެއް ރައްޔިތުންގެ މަޖިލީހުގައި އޮންނަން ޖެހޭ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. ރައްޔިތުންނަށް ވީ ވައުދުތައް ފުއްދޭނީ ސަރުކާރަށް ތާއީދުކުރާ އަދި ހާއްސަކޮށް "އެމްޑީޕީގެ މެމްބަރުންވެސް މަޖިލީހުގައި ތިބެގެން" ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކުރުމަށް ބުރަ މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެކަމަށް ކުރިމަތި ލައިގެން ހުންނެވި ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. ރައީސް ސޯލިހު ވިދާޅުވީ ރާއްޖެ މިދަނީ ޑިމޮކްރެސީއަކަށް ފައްކާވަމުން ކަމަށެވެ. އަދި އެކަމުގައި އެންމެ މުހިންމު ދައުރެއް މިހާތަނަށްވެސް އަދާކުރަމުން އައީ އެމްޑީޕީން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. "މިއަދު އެނެއްކާވެސް ތި ދެއްކެވީ އަޅުގަނޑުމެން ޑިމޮކްރެސީއަށް މި ޕާޓީގައި އޮތް ރައްޓެހިކަން. ނަމޫނާ ދައްކަވަންވީ މިފަދަ ކަންކަމުން." ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ. ރައީސް ސޯލިހު ވަނީ މިއަދު ބޭއްވި އެމްޑީޕީ ޕްރައިމެރީގައި ވޯޓު ލައްވާފައެވެ. ވޯޓު ލެއްވުމަށް ފަހު މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެއްވެސް ރައްޔިތަކަށް އިންތިހާބަށް ކުރިމަތިލުމަށް ހުރަސްއެޅޭ ކަހަލަ ކަންތައްތައް ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. "ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ހުރަސް އެޅުމަށްޓަކައި ހިނގާ ކަންތައްތަަކަކީ އެއީ ޑިމޮކްރެސީއާ އިދިކޮޅަށް ކުރެވޭ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ރައީސް ސޯލިހު ވިދާޅުވިއެވެ. ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެވޭ ޝަރުތުތައް ގާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަށެވެ. އޭގެ އިތުރަށް ޝަރުތުތަކެއް ކަނޑައަޅައިގެން ބައެއް ފަރާތްތަކަށް އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ކަންތައްތައް ކުރުމަކީ ގާނޫނުއަސާސީއާ އެއްގޮތަށް ކުރެވޭ ކަމެއް ނޫން ކަމަށެވެ. ރައީސް ސޯލިހު އެހެން ވިދާޅުވި އިރު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރިމަތި ނުލެވޭގޮތަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވަނީ އިސްލާހެއް މަޖިލީހަށް ހުށަހަޅުއްވާފައެވެ. ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީ ޕްރައިމަރީއަކީ ޑިމޮކްރަސީގެ ވަރަށް މުހިންމު ހަރަކާތެއް ކަމަށެވެ. އަދި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެކަން ވަރަށް ސާފުކޮށް ފެނިގެން ދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. "އަޅުގަނޑު ބޭނުންވާ ކަމަކީ ސަރުކާރަށް ތާއީދު އޮތް އަޅުގަނޑުމެންގެ ވައުދުތައް ފުރިހަމަ ކުރުމައްޓަކައި އެއްބާރުލާ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހެއް ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ފެނިގެން ދިޔުން،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ކާމިޔާބީގެ ބޮޑު ބައެއް އަދާކުރީ އެމްޑީޕީން: ރައީސް
"ގްރީން ކްލައިމެޓް ފަންޑް" (ޖީސީއެފް) އަށް އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ޕްރޮޕޯސަލް ހުށަހެޅުމަށް، ކުދި ޖަޒީރާ ގައުމުތަކަށް ހާއްސަކޮށްގެން މަސައްކަތު ބައްދަލުވުމެއް ފަށައިފި އެވެ. މިއަދު ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ފަށައިގެން ކުރިއަށްދާ، ތިން ދުވަހުގެ މަސައްކަތު ބައްދަލުވުން ފައްޓަވައި ދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ. އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ، މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ކުދި ޖަޒީރާ ގައުމުތަކުން އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް ޖީސީއެފަށް ހުށަހަޅާ ކޮންސެޕްޓް ނޯޓްތައް ތަރައްގީކުރުމާއި އަމިއްލަ ވިޔަފާރިތަކުން މި ދާއިރާއަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރުމަށް ބާރުއެޅުން ކަމަށެވެ. އަދި މިފަދަ މަސައްކަތްތަކުން ލޯ ކާބަން ތަރައްގީއަށް އެހީތެރިވެދިން ކަމަށް އެ މިނިސްޓްރީން މައުލޫމަތުދެ އެވެ. ކުދި ޖަޒީރާ ގައުމުތަކަށް ބާއްވާ މަސައްކަތު ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ އެންވަޔަރަންމަންޓް މިނިސްޓްރީ މި މަސައްކަތު ބައްދަލުވުމަކީ ރާއްޖެ އާއި ޖަޕާނުގެ އެންވަޔަރަންމަންޓް މިނިސްޓްރީ އަދި އިންޓަނޭޝަނަލް ރިނުވަބަލް އެނަރޖީ އޭޖެންސީ (އައިރީނާ) ގުޅިގެން ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ އިތުރުން 12 ގައުމަކުން 22 ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ.
ކުދި ޖަޒީރާ ގައުމުތަކަށް ހާއްސަކޮށްގެން މަސައްކަތު ބައްދަލުވުމެއް ފަށައިފި
ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އައިޖީއެމްއެޗު ކައިރީގައި ހަދަން ފެށި ދަރުމަވަންތަ ހޮސްޕިޓަލް އަންނަ އޭޕްރީލް މަހު ހުޅުވުމަށް ނިންމާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ. އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މުހައްމަދު މުފީދު މިއަދު ސަން އަށް ވިދާޅުވީ އޭޕްރީލް މަހުގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވަން ނިންމާފައިވާ ކަމަށެވެ. އެހެންނަމަވެސް އަދި ހުޅުވާނެ ސީދާ ތާރީހެއް ކަނޑަނާޅާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 11 ޖުލައި 2018: ދަރުމަވަންތަ ހޮސްޕިޓަލްގެ އެތެރެ: ސެޕްޓެމްބަރު މަހު މި ހޮސްޕިޓަލުގެ ބައެއް ޚިދުމަތްތައް ފެށޭވަރުވާނެ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް މުފީދު ވިދާޅުވީ އެ ހޮސްޕިޓަލް ހުޅުވާއިރު ފުރަތަމަ ހުޅުވާނީ ފުރަތަމަ ހަތަރު ފަންގި ފިލާ ކަމަށެވެ. އަދި އެކަމާ ގުޅޭ މަސައްކަތްތައް ޝެޑިއުލާ އެއްގޮތަށް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ހޮސްޕިޓަލުގެ އިމާރާތް ކުރުމުގެ މަސައްކަތް ނިމިފައިވާ އިރު، މިހާރު ކުރިއަށް ދަނީ އެތަނަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓްތަކާއި އަދި ފަރުނީޗަރުތައް ބެހެއްޓުމުގެ މަސައްކަތެެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށް ދަނީ--- ފޮޓޯ: އަހުމަދު އަޗުޝަން އިލްޔާސް ދަރުމަވަންތަ ހޮސްޕިޓަލަކީ 500 އެނދުގެ ހޮސްޕިޓަލަކެވެ. އެ އިމާރާތަށް ދައުލަތުގެ ބަޖެޓުން 140 މިލިޔަން ޑޮލަރު (2.1 ބިލިޔަން ރުފިޔާ) ވަނީ ހަރަދުކޮށްފަ އެވެ. ދަރުމަވަންތަ ހޮސްޕިޓަލަށް ބޭނުންވާ ހިދުމަތްތައް ފުޅާކޮށް އެ ހޮސްޕިޓަލަށް ބޭންވާ މެޝިނަރީސް ހޯދުމަށް ބަޖެޓްގައި 818 މިލިއަން ރުފިޔާ ހިމަނައިފި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލް އޭޕްރީލް މަހު ހުޅުވަނީ
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އަޣުލަބިއްޔަތު ހޯދަން އެމްޑީޕީ އިން ތައްޔާރު ކަމަށް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމްޑީޕީއިން ވަނީ މަޖިލިސް އިންތިހާބަށް ވާދަކުރާނެ ކެނޑިޑޭޓުން ހޮވުމަށް އިއްޔެ ޕްރައިމަރީ ބާއްވައިފައެވެ. އެ ޕްރައިމަރީގެ ނަތީޖާ އިއުލާނު ކޮށްފައިވާއިރު ނަޝީދު ވަނީ މައްޗަންގޮޅި މެދު ދާއިރާގެ ޓިކެޓު ކާމިޔާބު ކުރައްވައިފައެވެެ. އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ ޕްރައިމަރީގައި ވޯޓުދިން އެމްޑީޕީގެ ހުރިހާ މެންބަރުންނަށް ޝުކުރު އަދާކުރައްވައިފައެވެ. ނަޝީދު ވިދާޅުވީ މަޖިލިސް އިންތިހާބުގެ މެޖޯރިޓީ އެމްޑީޕީ އިން ނަގަންޖެހޭނެ ކަމަށާއި އެކަމަކީ އޮޅިފައިވާ ކަމެއް ނޫން ކަމަށެވެ. "އެ އަގުލަބިއްޔަތު ނަގާނަން. އެކަމަށް ތައްޔާރު،" ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ މަޖިލިސް އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ޕްރައިމަރީ އާއެކު ލިބިއްޖެ ކަމަށާއި އެ ކެނޑިޑޭޓުންނާއެކު މަސައްކަތް ކުރައްވަން ތައްޔާރު ކަމަށެވެ. އަދި ޕްރައިމަރީގައި ނާކާމިޔާބުވި ކެނޑިޑޭޓުންނާއި އެ ކެނޑިޑޭޓުންގެ ކެމްޕެއިނު ޓީމުންވެސް ރައީސް ނަޝީދަށާއި އެމްޑީޕީގެ ސެކްރެޓޭރިއޭޓަށް ގުޅުމަށް ނަޝީދު އެދިވަޑައިގެންނެވިއެވެ. ނަޝީދު ވިދާޅުވީ ހުރިހާ ފަރާތްތަކުން އެކުގައި އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ. ސަރުކާރުން ކުރާ މަސައްކަތްތަކާއި ވައުދު ފުއްދުމަށް ކުރާ މަސައްކަތްތަކާއެކު ރައްޔިތުންގެ ހިތުގައި އެމްޑީޕީ އާމެދު އުއްމީދު އާވެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މަޖިލިސް އިންތިހާބުގެ އަޣުލަބިއްޔަތު ނަގަން އެމްޑީޕީ ތައްޔާރު: ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލައްވާ ފަރާތްތަކުގެ ރެކޯޑް ސާފުކުރުމުގެ ހިދުމަތް ދޭ ވަގުތު ހައިކޯޓުން އިތުރުކޮށްދީފި އެވެ. ހައިކޯޓުން މިއަދު ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލައްވާ ފަރާތްތަކުގެ ރެކޯޑް ސާފުކުރުމުގެ ކަންކަމުގައި ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަ ޖެއްސުމުގެ ގޮތުން، މިއަދުން ފެށިގެން މި ހިނގާ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހާ ހަމައަށް، ރަސްމީ ކޮންމެ ދުވަހެއްގެ ރޭގަނޑު 8:00 އަށް، އެ ކޯޓުގެ ކައުންޓަރު ހުޅުވާފައި ހުންނާނެ ކަމަށެވެ. އަދި ހޮނިހިރު ދުވަހު ހެނދުނު 10:00 އިން ހަވީރު 16:00 އަށް ކައުންޓަރު ހުޅުވާފައި ހުންނާނެ ކަމަށް ވެސް އެ ކޯޓުން ބުންޏެވެ. "ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލައްވާ ފަރާތްތަކުގެ ރެކޯޑް ސާފުކުރުމަށް ގެންނަވާ ފޯމްތައް ހައިކޯޓުގެ ކައުންޓަރު ހުޅުވާފައި ހުންނަ ގަޑިތަކުގައި ބަލައިގަންނާނެ ވާހަކަ ދަންނަވަމެވެ. އަދި އެ ފޯމްތައް ދުވަހުން ދުވަހަށް ހަވާލުކުރުމަށް ހައިކޯޓުން މަސައްކަތް ކުރަމުން އަންނަ ވާހަކަވެސް ދެންނެވީމެވެ." މީގެ ކުރީން ވެސް އިންތިހާބާ ދިމާކޮށް ހައިކޯޓުން އެފަދަ ބަދަލުތައް ގެނެސްފައިވެއެވެ. އަންނަ އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފައެވެ. އެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 21 ވަނަ ދުވަހު ހަމަވާނެ އެވެ.
އިންތިހާާާބަށް ކުށުގެ ރެކޯޑު ސާފުކުރުން ހައިކޯޓުން ފަސޭހަކޮށްދީފި
ދައުލަތުން ވޭތުވެ ދިޔަ ހަފްތާގައި ކުރި ހަރަދަށް ވުރެ އާމްދަނީ އިތުރުވެފައިވާ ކަން ވޭތުވެ ދިޔަ ހަފްތާގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރޭ ހަރަދުތައް ހިނގި ގޮތުގެ ރިޕޯޓުތައް ތައްކާ ގޮތުން މުޅި ސަރުކާރުގެ އިދާރާތަކުގެ ހަރަދަށް ބަލާ އިރު ހުރިހާ އިދާރާއެއް ހިމެނޭ ގޮތަށް ޖުމްލަ 510.8 މިލިއަން ރުފިޔާ ވަނީ މިދިއަ ހަފްތާގައި ހަރަދުކޮށްފަ އެވެ. އަދި ވޭތުވެ ދިޔަ ހަފްތާގައި 909.4 މިލިއަން އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. ސަރުކާރުގެ މިނިސްޓްރީތަކުގެ ތެރެއިން ވެތުވެ ދިޔަ ހަފްތާ އެންމެ ބޮޑު ހަރަދެއް ކުރީ އެޑިއުކޭޝަން މިނިސްޓްރީންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވޭތުވެ ދިޔަ ހަފްތާ 152 މިލިއަން ހަރަދު ކުރި އެވެ. ބެލެވޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީ އިން ބޮޑު ހަރަދެއް ކުރަން ޖެހުނީ ވޭތުވެ ދިޔަ ހަފްތާއަކީ ސުކޫލުތައް ހުޅުވުނު ހަފްތާއަށް ވުމުންނެވެ. އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ އާ ސަރުކާރުގެ ވައުދުތަކުގެ ތެރެގައި ހިމެނޭ ކުދިންނަށް ނާސްތާ ދިނުމުގެ ޕްރޮގްރާމް މިދިޔަ ހަފްތާގައި ފަށައިފަ އެވެ. އެޑިއުކޭޝަންގެ އިތުރުން ދައުލަތުން ދެން އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ ޕެންޝަން ދިނުމަށެވެ. ހަމައެކަނި ޕެންޝަން ބަޖެޓުން 107.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަދި ފިނޭންސް މިނިސްޓްރީގެ ސްޕެޝިއަލް ބެޖެޓުން 131.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ވޭތުވެ ދިޔަ ހަފްތާގައި 253.9 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
ވޭތުވެ ދިޔަ ހަފްތާގައި ދައުލަތުން ކުރި ހަރަދަށްވުރެ އާމްދަނީ އިތުރުވެއްޖެ
ސްރީ ލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓް ސަރަހައްދުގައި ހުއްދަ ނެތި ޑްރޯން އެރުވުމުން ހައްޔަރު ކުރި ހަތަރު ދިވެހިން ދޫކޮށްލައިފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 19 އަހަރާއި 23 އަހަރާ ދެމެދުގެ ހަތަރު މީހުންނެވެ. މީގެ ތެރޭގައި އަންހެނަކުވެސް ހިމެނެއެވެ. އެ ހަތަރު މީހުންނަކީ ސްރީލަންކަން އެއާލައިންސް އިން ހިންގާ އޭވިއޭޝަން ޓްރެއިނިން އިންސްޓިޓިއުޓެއް ކަމަށްވާ ސްރީލަންކަން އޭވިއޭޝަން ކޮލެޖުގެ ދަރިވަރުންތަކެކެވެ. ހަތަރު ދަރިވަރުން ދޫކޮށްލިކަން،، ސްރީލަންކާގައި އުޅޭ ދިވެހި ދަރިވަރުންގެ ޖަމިއްޔާ ލަޔަން ސިޓީ ސްޓޫޑެންޓްސް ކޮމިޓީގެ ރައީސް މުހައްމަދު ސަވްވާން ވަނީ "ސަން"އަށް ކަށަވަރުކޮށްދީފައެވެ. ޑްރޯން އެރުވުމުގައި އަމަލީ ގޮތުން ބައިވެރިވީ ދެ މީހެކެވެ އެ މީހުން ޑްރޯން އެރުވީ އެއާޕޯޓާ އެއް ކިލޯމީޓަރު ދުރުގައި ހުންނަ ،އެ މީހުން ދިރިއުޅޭ ގެއިންނެވެ. ފުލުހުން އެ މީހުން ހައްޔަރު ކުރީ ޑްރޯންގެ ފަހަތުން ގޮސްގެންނެވެ. އަދި ޑްރޯން އެރުވި ދެ މީހުންގެ އިތުރުން އެ ގޭގައި ދިރިއުޅޭ އިތުރު ދެ މީހަކުވެސް ހައްޔަރުކުރިއެވެ.. އިއްޔެ އެ މީހުން ކޯޓަށް ހާޒިރު ކުރި އިރު އޭގެ ތެރެއިން ޑްރޯން އެރުވި ދެ މީހުން ބަންދުގައި ބައިތިއްބަނއ ނިންމިއެވެ. އަފި އެ ގެއިން ހައްޔަރުުރި އިތުރު ދެ މީހުން ވަނީ ދޫކޮށްލައިފައެވެ. މި މައްސަލައިގެ ދެވަނަ އަޑުއެހުން ތާވަލުކޮށްފައި އޮތީ މާދަމާއަށެވެ. އެނގިފައިވާ ގޮތުގައި އެ ހަތަރު މީހުން ދޫކޮށްލީ ވަނީ ސްރީލަންކާގެ މިނިވަންދުވަހުގެ ރަސްމިއްޔާތަށް މިހާރު ކޮލޮމްބޯއަށް ވަޑައިގެން އުޅުއްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިލެއްވުމުގެ މަތިންނެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ އެއާޕޯޓުގެ ހައި ސެކިއުރިޓީ ޒޯންގައި ޑްރޯނު އަރުވައިގެންނެވެ. ލަންކާގެ ގާނޫނުތައް ބުނާ ގޮތުން އެއްވެސް އެއާޕޯޓަކާ އަށް ކިލޯ މީޓަރު ކައިރިއަށް ޑްރޯންއެއް ނޭރުވޭނެއެވެ. ލަންކާގެ ފުލުހުން އެ މީހުން ހައްޔަރުކޮށް ތުހުމަތުކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޒިޔާރަތާ ދިމާކޮށް ހަމަލާއެއް ރާވަން އުޅުނު ކަމަށެވެ.
ލަންކާ އެއާޕޯޓުގައި ޑްރޯން އެރުވުމުން ހައްޔަރު ކުރި ދިވެހީން ދޫކޮށްލައިފި
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާ، ހިތަދޫ މެދު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާ ތަމްސީލުކުރައްވާ ތިން މެމްބަރުން އެމްޑީޕީގެ މަޖިލިސް އިންތިހާބުގެ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެންފިއެވެ. އެ ދާއިރާތައް ތަމްސީލުކުރައްވާ މެމްބަރުންނަކީ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް، ހިތަދޫ މެދު ދާއިރާގެ މެމްބަރު ބްރިގޭޑިއާ ޖެނެރަލް (ރޓޑ) އިބްރާހިމް މުހައްމަދު ދީދީ އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ އަހްމަދު)އެވެ. ހެންވޭރު ދެކުނު ދާއިރާގެ ޕްރައިމަރީން ރުކުމާ އަހްމަދު ނާކާމިޔާބުވެވަޑައިގެންނެވި އިރު، އެ ދާއިރާގެ ޓިކެޓު ލިބިވަޑައިގަތީ ހުސައިން ޝަހީމް (އަނދުން ހުސައިން)އަށެވެ. ވައިކަރަދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކޮށްފައިވަނީ ހުސައިން ޒިޔާދުއެވެ. މިހާރުގެ މެމްބަރު ނާޒިމްއަށް ލިބިވަޑައިގަތީ ދެވަނައަށް އެންމެ ގިނަ ވޯޓެވެ. އަދި ހިތަދޫ މެދު ދާއިރާގެ މެމްބަރު ބްރިގޭޑިއާ ދީދީގެ މައްޗަށް ކުރި ހޯއްދަވައި، އެ ދާއިރާގެ އެމްޑީޕީ ޓިކެޓު ކާމިޔާބުކުރެއްވީ (ހިޔަލީ) އަހްމަދު ރަޝީދެވެ. މިހާރުގެ ތިން މެމްބަރުން ޕްރައިމަރީން ނާކާމިޔާބުވެ ވަޑައިގެންނެވުމާއެކު، އޭޕްރިލް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެއްވެސް ހައިސިއްޔަތަކުން ވާދަކުރުމުގެ ފުރުސަތު އެ މެމްބަރުންނަށް ވަނީ ގެއްލިފައެވެ.
ވައިކަރަދޫ ނާޒިމް، ބްރިގޭޑިއާ ޑީޑީ އަދި ރުކުމާއަށް ޓިކެޓު ނާކާމިޔާބުވެއްޖެ
ޕައިލެޓުންނާ ބައްދަލުކޮށް އެމީހުންގެ ހުރި ކަންބޮޑުވުންތައް މޯލްޑިވިއަންގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ރިޒްވީ އަދި ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު އައިޝަތު ޖެނިފާ އަޑުއަހައިފި އެވެ. ޕައިލެޓުން ވަޒީފާއަށް ނުނިކުންނަން ނިންމައި ރޭ އެކަން އިއުލާނުކުރީ އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަރު އޮފް ފްލައިޓް އޮޕަރޭޝަންގެ މަގާމުގައި ހުންނެވި މުހައްމަދު އަމީންއާ ގުޅޭ ގިނަ މައްސަލަތަކެއް މީގެ ކުރިން ހުށަހަޅާފައިވީ ނަމަވެސް، އެ މައްސަލަތަކަށް ހައްލެއް ލިބިފައިނުވާތީ ކަމަށް ބުނެ އެވެ. މޯލްޑިވިއަންގެ ޕީއާރް އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް 'ސަން' އަށް ވިދާޅުވީ މޯލްޑިވިއަންގެ ހުރިހާ ޕައިލެޓުންވެސް ވަޒީފާއަށް ނުކުމެފައިވާ ކަމަށެވެ. އަދި ޝެޑިއުލްޑް އެއްވެސް ފްލައިޓަކަށް ބުރޫ ނާރައި ކުރިއަށްދާ ކަމަށް ވަސީމް ވިދާޅުވި އެވެ. އަދި މޯލްޑިވިއަންގެ އެމްޑީ ރިވްޒީ އަދި ޑީއެމްޑީ ޖެނިފާ ޕައިލެޓުންގެ ކަންބޮޑުވުންތައް އަޑުއެހުމަށް ރޭ ޕައިލެޓުންނާ ބައްދަލުކޮށްފައިވާ ކަމަށްވެސް ވަސީމް ވިދާޅުވި އެވެ. އަމީން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ޕައިލެޓުން ވަނީ ބުނެފަ އެވެ. "ވަރަށް ސާފުކޮށް އަޅުގަނޑުމެން ދަންނަވަމުން މިގެންދަނީ ޑިރެކްޓަރު އޮފް ޕައިލެޓް އޮޕަރޭޝަން މުހައްމަދު އަމީން އިސްތިއުފާ ދެއްވާށޭ. އެހެންނޫނީ މިކަމެއް ނުހުއްޓޭނެ. ވަރަށް ހަޑިހުތުރު ބަހުން މުވައްޒަފުންނާ މެދު އޭނާ ވާހަކަ ދައްކަނީ. ވަރަށް ބޮޑަށް މުވައްޒަފުންނާ މެދު ތަފާތުކުރުންތައް އަމީން ގެންގުޅޭ،" "ސަން"އާ ވާހަކަ ދެއްކި ޕައިލެޓަކު ކިޔައިދިނެވެ.
ޕައިލެޓުންގެ ކަންބޮޑުވުންތައް މޯލްޑިވިއަންގެ ވެރީން އަޑުއަހަފި
ލިިއޮންގެ އަތް ދަށުވެ ޕީއެސްޖީއިން މި ސީޒަނުގައި އެއްވެސް މެޗަކުން ބަލި ނުވެ އައުމުގެ ސިލްސިލާއަށް ނިމުން އައިސްފިއެވެ. ރޭ ފުރާންސް ލީގުގައި ޕީއެސްޖީ އަދި ލިއޮން ބައްދަލު ކުރި މެޗު 1-2 ނަތީޖާ އަކުން ލިއޮން ކާމިޔާބު ކުރި އިރު މިއީ މި ސީޒަނުގައި ލީގު މެޗަކުން ޕީއެސްޖީ ބަލިވި ފުރަތަމަ ފަހަރުއެވެ. މި ބައްޔާއެކު ވެސް ޕީއެސްޖީގެ ތާވަލުގެ މަގާމަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. ޕީއެސްޖީ އަދި ލިއޮން ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ / ބީބީސީ ސްޕޯޓްސް މެޗުގައި ފުރަތަމައިން ގޯލު ޖަހާ ލީޑު ނެގީ ޕީއެސްޖީއެވެ. ފުރަތަމަ ހަތް މިނަޓު ތެރޭގައި އޭންޖެލް ޑި މާރިއާ ޖަހައިދިން ގޯލާއި އެކު މެޗު ފަސޭހަ ކަމާއި އެކު ޕީއެސްޖީ ކާމިޔާބު ކުރާނެ ކަމަށް ގިނަ ބަޔަކު ދެކުނު ނަމަވެސް ފަހަތުން އަރާ ލިއޮން އިން ވަނީ ދެ ގޯލު ޖަހާ މެޗު ކާމިޔާބު ކޮށްފައެވެ. ލިއޮންގެ ގޯލުތައް އެ ޓީމަށް ކާމިޔާބު ކޮށް ދިނީ މޫސާ ޑެމްބަލޭ އާއި އެ ޓީމުގެ ކެޕްޓަން ނަބީލް ފަކީރް އެވެ. މީގެ އިތުރުން ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބިގެން ގޮސްފައިވެއެވެ. ޕީއެސްޖީގެ އެންމެ މުހިންމު ކުޅުންތެރިޔާ ނޭމާ ޖޫނިއާ އަދި އެ ޓީމުގެ މެދުތެރެ ބަލަހައްޓަމުންދާ މާކޯ ވެރާޓީ މިވަގުތު އަނިޔާގައި ހުރުމުގެ ސަބަބުން ޓީމަށް ވަރަށް ދަތި ވަމުންދާ ކަމަށާއި އެ ފަދަ ދެވަނަ ކުޅުންތެރިން ތަކެއް ޓީމުގައި ނެތް ކަމަށް ޕީއެސްޖީގެ ކޯޗު ތޯމަސް ޓަޗެލް ވަނީ ރޭގެ މެޗަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބުނެފައެވެ. "ފުރަތަމަ ގޯލަށް ފަހު މެޗު މާ ބޮޑަށް ވެސް ފަސޭހަކޮށްލެވުނީ. އަދި އެއަށް ފަހު ވަރަށް ބައިވަރު މިސްޓޭކުތައް ޓީމުން ފާހަގަވި. ލިއޮން އަކީ ވެސް ތަފާތު މޮޅު ޓީމެއް." ޓަޗެލްގެ ވާހަކައިގައި އިތުރުކުރިއެވެ.
ލިއޮންގެ އަތް ދަށުވެ ޕީއެސްޖީއަށް ސީޒަނުގެ ފުރަތަމަ ބަލި
ފަހުވަގުތު ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އަނެއްކާވެސް ކުރިސްޓިއާނޯ ރޮނާލްޑޯ އޭނަގެ ޓީމު ޔުވެންޓަސް މޮޅުކޮށްދީފިއެވެ. ރޭ އިޓާލިއަން ލީގުގައި ލާޒިއޯއާ އެކު ކުޅުނު މެޗުން ޔުވެންޓަސް މޮޅުވެފައި ވަނީ 1-2 ގެ ނަތީޖާއަކުންނެވެ. މި މޮޅާއި އެކު ޔުވެންޓަސްއިން ވަނީ ތާވަލުގެ އެއް ވަނަައިގައި 11 ޕޮއިންޓުގެ ބޮޑު ފަރަގެއް ގާއިމް ކޮށްފައެވެ. ލީގުގައި ބާކީ 17 މެޗު އޮތް ނަމަވެސް ޔުވެންޓަސް އިން ވަނީ ތަށި ގައިގަނޑަކަށް ޔަގީން ކޮށްފަ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ރޭ މެޗުން މޮލޫވުމަށް ފަހު ޔުވެންޓަސްގެ ކުޅުންތެރިން އުފާ ފާލު ކުރަނީ -- ފޮޓޯ / ކުރިސް މައިސަން މެޗުގެ ފުރަތަމަ ގޯލަކީ ދެވަނަ ހާފުގެ 59 ވަނަ މިނަޓުގައި ޔުވެންޓަސްގެ މެދުތެރެއަށް ކުޅެމުން އަންނަ އެމްރޭ ޗޭން އަތުން ބައި ކޮޅަށް ވަތް ލަނޑެކެވެ. އެ ގޯލާއި އެކު ލާޒިއޯ ލީޑު ކުރި ނަމަވެސް މާ ގިނައިރު ތަކެއް ނުވަނީސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޔޮއާއޯ ކެންސެލޯ ވަނީ ގޯލެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ލާޒިއޯއިން މެޗު އެއްވަރުކޮށްގެން ނިންމާލުމަށްޓަކައި ޓީމު ފަހަތަށް ޖައްސައިގެން ކުޅެން ފެށިއެވެ. ނަމަވެސް އެ މީހުންގެ ޕުލޭން ފުނޑު ފުނޑު ވެގެން ދިޔައީ މެޗުގެ 88 ވަނަ މިނަޓުގައި ލިބުނު ޕެނަލްޓީ ރޮނާލްޑޯ ކާމިޔާބު ކުރުމާއި ގުޅިގެންއެވެ. ރޮނާލްޑޯ ވަނީ މި ސީޒަނުގައި ޔުވެންޓަސް އަށް 14 ގޯލު އިޓާލިއަން ލީގުގައި ޖަހާދީފައެވެ. އަދި އެ މެޗުގައި ޖެހި ގޯލާއެކު ރޮނާލްޑޯ ވެގެން ގޮސްފައިވަނީ އިޓާލީއަން ލީގުގެ ތާރީހުގައި ވެސް ޖެހި ޖެހިގެން އަށް އަވޭ މެޗުގައި ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ. ޔުވެންޓަސް އާއި އެންމެ ގާތުން ވާދަ ކުރަމުން އައި ނަޕޯލީ ވަނީ ރޭ އޭސީ މިލާން އާއި ވާދަ ކުރި މެޗު އެއްވަރު ވެފައެވެ. މި ސީޒަނުގައި ލީގުގެ އެއްވެސް މެޗަކުން އަދި ބަލި ވެފައި ނުވާ ޔުވެންޓަސް އާއި އެހެން ކުލަބަކުން އަރާ ހަމަ ކުރުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
ފަހުވަގުތު ރޮނާލްޑޯ ޖެހި ޕެލަލްޓީއާ އެކު ޔުވެންޓަސް މޮޅުވެއްޖެ
މަތީ ތައުލީމުގެ ލޯނަށް އެދުނު ދަރިވަރުންގެ ތެރެއިން ލޯނު ލިބުނު ދަރިވަރުންނަށް ލިޔުން ދޫކުރަން ފަށައިފިއެވެ. މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ބުނީ މިއަދުން ފެށިގެން އަންނަ މަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ 8:30 އިން 13:30 އަށް ލޯނު ލިބުނުކަމުގެ ލިޔުން މިނިސްޓްރީ އިން ދޫކުރާނެ ކަމަށެވެ. މި ލޯނު ސްކީމުގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީތައުލީމު ހާސިލްކުރަމުންދާ ދަަރިވަރުންނަށާއި މަތީ ތައުލީމު ހާސިލްކުރަން ފަށާ ދަރިވަރުންނަށް ލޯނު ދޫކުރާނެއެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ވިދާޅުވީ ލޯނަށް އެދި 650 ދަރިވަރުން ކުރިމަތިލި ކަމަށާއި 315 ދަރިވަރުންނަށް ލޯނު ދޭން ނިންމާފައިވާ ކަމަށެވެ. އަންނަ މަހުގެ ތެރޭގައި މަތީ ތައުލީމުގެ ލޯނަށް ހުޅުވާލަން ނިންމާފައިވާއިރު ލޯނަށް އެދި އެންމެ ގިނައިން ހުށަހަޅާފައިވަނީ ރާއްޖެއިން ބޭރުގައި ޑިގްރީއަށް ކިޔެވުމަށް ކަމަށް ހަޔާއެޑިއުކޭޝަނުން ވަނީ ބުނެފައެވެ. ސަރުކާރުގެ ވައުދުގެ ދަށުން މަތީ ތައުލީމު ހާސިލް ކުރުމަށް ދޫކުރާ ލޯނުގެ އިންޓްރެސްޓް ތިން ޕަސެންޓަށް ކުޑަކޮށް ލޯނު ދައްކާ މުއްދަތު މިހާރުވަނީ އިތުރުކޮށްފަ އެވެ.
މަތީ ތައުލީމުގެ ލޯނު ލިބުނު ދަރިވަރުންނަށް ލިޔުން ދޫކުރަން ފަށައިފި
ކޮލޮމްބޯ އިން: މާހިލް މުހައްމަދު ސްރީލަންކާގެ 71 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެން، ޝަރަފުވެރިކޮށްދެއްވައިފި އެވެ. މިއީ ގައުމެއްގެ އެންމެ އިސް ވެރިއަކު ސްރީލަންކާގެ މިނިވަން ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ސްރީލަންކާއަށް ދާޚިލީ އަދި ސިޔާސީ މިނިވަންކަން ލިބިގެން ދިޔައީ 1948 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ލަންކާގެ މިނިވަން ދުވަހުގެ ރަސްމިއްޔާތު މިއަދު ބޭއްވީ ކޮލޮމްބޯގެ ގޯލް ފޭސް ގްރީން ޕްރޮމިނޭޑުގަ އެވެ. އެ ރަސްމިއްޔާތު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ވަޑައިގަތުމުން އެ ދެކަނބަލުންނަށް މަރުހަބާ ވިދާޅުވީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އެވެ. ރައީސް ސޯލިހުގެ ދެކަނބަލުންގެ އިތުރުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް، ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދު އަދި ލަންކާގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުލްރައްޒާގު ބައިވެރިވެވަޑައިގެންނެވި އެވެ. ރަސްމިއްޔާތު ފެށިގެން ދިޔައީ ލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ، ގޯލް ފޭސްގައި ލަންކާގެ ގައުމީ ދިދަ ނެންގެވުމާއެކުއެވެ. އެއާ އެކު އެގައުމުގެ ގައުމީ ސަލާން ކުޅެވިގެން ދިޔަ އެވެ. އަދި 21 ބަޑީގެ ސަލާމެއް ވެސް ވަނީ އަރުވައިފަ އެވެ. މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން ލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ ނެރުއްވި މެސެޖުގައި ވިދާޅުވީ އިސްތިއުމާރީ ބާރަށްވުރެ، އިސްތިއުމާރީ ފިކުރު ހުންނަ ބަޔަކަށް ގައުމުގެ މުސްތަގުބަލު ހަވާލުކުރުމަކީ މާ ބިރު ބޮޑު ކަމެއް ކަމަށެވެ. "އެހެންކަމުން ގައުމުގެ މުސްތަގުބަލަށް ޓަކައި އަޅުގަނޑުމެން ބޭނުންވޭ ގައުމީ ސަގާފަތާއި އަސާސުތަކުގެ ރޫހު ހުރި މީހުން،" ރައީސް ސިރިސޭނާ ވިދާޅުވީ ގައުމީ ކުރިއެރުވުމުގެ އެންމެ ބޮޑެތި ހަތުރުންނަކީ ފަގީރުކަމާއި ކޮރަޕްޝަން ކަމަށެވެ. އަދި މި ދެ ކަންތައް ގައުމުން މުޅިން ނައްތާލުމަކީ މިހާރުން މިހާރަށް ކުރަން ޖެހޭ ކަމެއް ކަމަށް ރައީސް ސިރިސޭނާ ވިދާޅުވި އެވެ. ސްރީލަންކާގެ މިނިވަންދުވަހުގެ ރަސްމިއްޔާތު މިއަދު ހެނދުނު ނިމިފައިވާ އިރު، މިއަދު މެންދުރުފަހު ރާއްޖެއާއި ސްރީލަންކާގެ ވިޔަފާރިވެރިންގެ ބައްދަލުވުން އޮންނާނެ އެވެ. މި ބައްދަލުވުމަށް ރާއްޖޭގެ ފަރާތުން ދިވެހި ވިޔަފާރިވެރިންގެ ވަފުދެއްވެސް ވަނީ ރައީސްގެ އަރިހުގައި ލަންކާއަށް ވަޑައިގެންފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސްރީލަންކާއިން ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ހަރަކާތްތައް އޮންނާނީ މާދަމާ އެވެ. އެގޮތުން، މާދަމާ ރައީސް ސިރިސޭނާއާ ރައީސް ސޯލިހު ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާނެ އެވެ. ރައީސް ސޯލިހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާ ރެ އެވެ.
ލަންކާގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގެންފި
ކޮލޮމްބޯ އިން: މާހިލް މުހައްމަދު ސްރީލަންކާގެ 71 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެން، ޝަރަފުވެރިކޮށްދެއްވައިފި އެވެ. މިއީ ގައުމެއްގެ އެންމެ އިސް ވެރިއަކު ސްރީލަންކާގެ މިނިވަން ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ސްރީލަންކާއަށް ދާޚިލީ އަދި ސިޔާސީ މިނިވަންކަން ލިބިގެން ދިޔައީ 1948 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ލަންކާގެ މިނިވަން ދުވަހުގެ ރަސްމިއްޔާތު މިއަދު ބޭއްވީ ކޮލޮމްބޯގެ ގޯލް ފޭސް ގްރީން ޕްރޮމިނޭޑުގަ އެވެ. އެ ރަސްމިއްޔާތު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ވަޑައިގަތުމުން އެ ދެކަނބަލުންނަށް މަރުހަބާ ވިދާޅުވީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އެވެ. ރައީސް ސޯލިހުގެ ދެކަނބަލުންގެ އިތުރުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް، ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދު އަދި ލަންކާގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުލްރައްޒާގު ބައިވެރިވެވަޑައިގެންނެވި އެވެ. ރަސްމިއްޔާތު ފެށިގެން ދިޔައީ ލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ، ގޯލް ފޭސްގައި ލަންކާގެ ގައުމީ ދިދަ ނެންގެވުމާއެކުއެވެ. އެއާ އެކު އެގައުމުގެ ގައުމީ ސަލާން ކުޅެވިގެން ދިޔަ އެވެ. އަދި 21 ބަޑީގެ ސަލާމެއް ވެސް ވަނީ އަރުވައިފަ އެވެ. މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން ލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ ނެރުއްވި މެސެޖުގައި ވިދާޅުވީ އިސްތިއުމާރީ ބާރަށްވުރެ، އިސްތިއުމާރީ ފިކުރު ހުންނަ ބަޔަކަށް ގައުމުގެ މުސްތަގުބަލު ހަވާލުކުރުމަކީ މާ ބިރު ބޮޑު ކަމެއް ކަމަށެވެ. "އެހެންކަމުން ގައުމުގެ މުސްތަގުބަލަށް ޓަކައި އަޅުގަނޑުމެން ބޭނުންވޭ ގައުމީ ސަގާފަތާއި އަސާސުތަކުގެ ރޫހު ހުރި މީހުން،" ރައީސް ސިރިސޭނާ ވިދާޅުވީ ގައުމީ ކުރިއެރުވުމުގެ އެންމެ ބޮޑެތި ހަތުރުންނަކީ ފަގީރުކަމާއި ކޮރަޕްޝަން ކަމަށެވެ. އަދި މި ދެ ކަންތައް ގައުމުން މުޅިން ނައްތާލުމަކީ މިހާރުން މިހާރަށް ކުރަން ޖެހޭ ކަމެއް ކަމަށް ރައީސް ސިރިސޭނާ ވިދާޅުވި އެވެ. ސްރީލަންކާގެ މިނިވަންދުވަހުގެ ރަސްމިއްޔާތު މިއަދު ހެނދުނު ނިމިފައިވާ އިރު، މިއަދު މެންދުރުފަހު ރާއްޖެއާއި ސްރީލަންކާގެ ވިޔަފާރިވެރިންގެ ބައްދަލުވުން އޮންނާނެ އެވެ. މި ބައްދަލުވުމަށް ރާއްޖޭގެ ފަރާތުން ދިވެހި ވިޔަފާރިވެރިންގެ ވަފުދެއްވެސް ވަނީ ރައީސްގެ އަރިހުގައި ލަންކާއަށް ވަޑައިގެންފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސްރީލަންކާއިން ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ހަރަކާތްތައް އޮންނާނީ މާދަމާ އެވެ. އެގޮތުން، މާދަމާ ރައީސް ސިރިސޭނާއާ ރައީސް ސޯލިހު ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާނެ އެވެ. ރައީސް ސޯލިހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާ ރެ އެވެ.
ލަންކާގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގެންފި
އެމްޑީޕީގެ އިނގުރައިދޫ ދާއިރާގެ ރައީސް ހަސަން އަހުމަދު (ހަސަންޓޭ) އާއި އުނގޫފާރު ދާއިރާގެ ރައީސް މުހައްމަދު ވަހީދު (ވައްޑެ) މަޖިލިސް އިންތިހާބުގެ އެމްޑީޕީ ޓިކެޓު ކާމިޔާބު ކުރައްވައިފިއެވެ. މިއަދު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ދެ ބޭފުޅުން ވަނީ އެ ދެބޭފުޅުން ތަމްސީލު ކުރައްވާ ދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވާ އިންތިހާބު ކާމިޔާބު ކުރައްވައިފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ 25 އަހަރު ވަންދެން ތަމްސީލުކުރެއްވި ހިންނަވަރު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ ޖީހާން މަހުމޫދެވެ. ޖީހާންއަކީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ކުރީގެ މެމްބަރެއްވެސް މެއެވެ. މިއީ އެމްޑީޕީގެ މަޖިލިސް އިންތިހާބުގެ ޕްރައިމަރީ ހިންނަވަރުގައި ބޭއްވި ފުރަތަމަ ފަހަރުކަން ފާހަގަކުރެވެއެވެ.
ޖީހާން، ހަސަންޓޭ އަދި ވައްޑެ ޓިކެޓު ކާމިޔާބު ކުރައްވައިފި
އިސްތަންބޫލް (ފެބްރުއަރީ 4) : ސައޫދީ ނޫސްވެރިޔާ ޖަމާލްއަލްޚާޝުގްޖީގެ މަރުގެ މައްސަލަ ތަހްގީގްކުރާ އދ.ގެ ކޮމިޓީގެ މެންބަރުން ތުރުކީއަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށް ފަހު އެގައުމުން ފުރާވަޑައިގެންފި އެވެ. ފުރާވަޑައިގަތުމުގެ ކުރިން ދެއްވި ބަޔާނެއްގައި އެ ކޮމިޓީގެ ވެރިޔާ އެގްނެސް ކަލަމާޑް ވިދާޅުވީ އެކޮމިޓީއަށް ތުރުކީ މަސްއޫލުވެރިންގެ އެއްބާރުލުން ލިބުނު ކަމަށާ އަދި ޚާޝުގްޖީގެ އަވަހާރަކޮށްލުމުގެ ޖަރީމާ އާ ގުޅުންހުރި އޯޑިއޯތައްވެސް ޓީމުގެ ބޭފުޅުން އަޑުއެއްސެވި ކަމުގަ އެވެ. އެހެންކަމުން ތުރުކީއަށް ކުރި ދަތުރަކީ ކާމިޔާބު ދަތުރެއް ކަމަށާއި ޚާޝުގްޖީގެ މަރުގެ ޖަރީމާގެ ތަހްގީގްތަކާ ބެހޭ ގިނަ މައުލޫމާތުތަކެއް އެދަތުރުގެ ސަބަބުން ލިބުނު ކަމަށް ކަލަމާޑް ވިދާޅުވި އެވެ. ކަލަމާޑް އަކީ ހައްގަކާ ނުލައި މަރާލާ މީހުންނާ ބެހޭ އދ.ގެ ޚާއްސަ ރެޕަޓުއާ އެވެ. ކަލަމާޑްގެ އިތުރުން އެ ކޮމިޓީގައި ހިމެނެނީ އިނގިރޭސި ވިލާތުގެ ގާނޫނީ ވަކީލެއް ކަމަށްވާ ހެލެނާ ކެނެޑީ އާއި އިނގިރޭސި ޕާލަމެންޓްގެ މަތިގެ ކަމަށްވާ ހައުސް އޮފް ލޯޑްސްގެ މެންބަރެއް ކަމަށްވާ ޑުއާޓް ނޫނޯ ވިއެރާ އެވެ. އެ ތިން ބޭފުޅުން ތުރުކީއަށް ވަޑައިގެންނެވީ މިދިޔަ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހު އެވެ. ކަލަމާޑް ވަނީ ޚާޝުގްޖީގެ މަރުގެ ޖަރީމާ ހިންގި ތަން ކަމަށްވާ އިސްތަންބޫލްގައި ހުންނަ ސައޫދީ ކޮންސިއުލޭޓަށް ވަނުމުގެ ފުރުސަތު ދިނުމަށް އެދި ސައޫދީ ސަރުކާރަށް ވެސް ދަންނަވައިފަ އެވެ. ނަމަވެސް އެ ހުށަހެޅުމަށް ސައޫދީ ސަރުކާރުން ޖަވާބު ދީފައެއް ނުވެ އެވެ. ޚާޝުގްޖީގެ މަރުގެ ޖަރީމާގެ ފަހަތުގައިވާ ކަމަށް ތުރުކީންނާއި އެމެރިކާގެ ޖާސޫސީ މަރުކަޒީ އިދާރާ (ސީއައިއޭ) އިން ނުސީދާ ގޮތެއްގައި ތުހުމަތު ކުރަނީ ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާންގެ މައްޗަށެވެ. އެޖަރީމާގެ ފަހަތުގައި ވަނީ ބިން ސަލްމާން ކަމަށް ސީއައިއޭ އާ ހަވާލާދީ އެމެރިކާގެ މަޝްހޫރު ނޫހެއް ކަމަށްވާ ވޮޝިންޓަން ޕޯސްޓު ބުނެފައިވެ އެވެ. ޕޯސްޓުން ހާމަކުރި ވާހަކަތައް ސީއައިއޭން ދޮގުކޮށްފައެއް ނުވެ އެވެ. ސީއައިއޭގެ ވެރިޔާ ޖެނާ ހަސްޕެލް ވަނީ ޚާއްސަ ފަންނީ ޓީމަކާ އެކު އެކަން ބެލުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތުރުކީއަށް ޒިޔާރަތް ކުރައްވައިފަ އެވެ. ސައޫދީ ސަރުކާރުންވަނީ އެތުހުމަތަކަށް އިންކާރުކޮށްފަ އެވެ. (އަނަތޯލިޔާ)
ޚާޝުގްޖީގެ މަރުގެ މައްސަލަ ބަލާ އދ.ގެ ކޮމިޓީ ތުރުކީން ފުރައިފި
ދެހާސް ސަތާރަވަނަ އަހަރު، އިޓަލީގެ ނޫސްވެރިއެއް އަދި ލިޔުންތެރިއެއް ކަމަށްވާ ފްރެންޗެސްކާ ބޮރީ ރާއްޖެއާ ބެހޭގޮތުން ލިޔެ ޝާއިއު ކުރި ފޮތެއްގައި ހަގީގަތާ ހިލާފު ވާހަކަތަކެއް ހިމެނޭތީ އޭނާއަށް ދިވެހީންގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ. "ޑެސްޓިނޭޝަން ޕެރަޑައިސް: އެމަންގް ދަ ޖިހާދިސްޓްސް އޮފް މޯލްޑިވްސް"ގެ ނަމުގައި އުމުރުން 39 އަހަރުގެ ބޮރީ ލިޔުނު އެ ފޮތަކީ ދިވެހީންނާއި، މެދުއިރުމަތީގައި ހަރަކާތްތެރިވާ ހައްދުފަހަނައަޅާފައިވާ ޖަމާއަތްތަކާ އޮތް ގުޅުމާ ބެހޭގޮތުން އޭނާ ލިޔުނު ފޮތެކެވެ. އެނާ ވަނީ އެ ފޮތުގައި މެދު އިރުމައްޗަށް ހަނގުރާމައަށް ދިޔަ ބައެއް މީހުންނާއި، ދާން ބޭނުންވެގެން އުޅޭ ބައެއް މީހުންނާއި، ހައްދުފަހަނަ އަޅާފައިވާ މީހުންނާ ދެކޮޮޅަށް ވަކާލާތު ކުރާ ބައެއް ފަރާތްތަކުގެ އިންޓަވިއު ނަގާފަ އެވެ. "ޑެސްޓިނޭޝަން ޕެރަޑައިސް: އެމަންގް ދަ ޖިހާދިސްޓްސް އޮފް މޯލްޑިވްސް"ގެ ނަމުގައި ބޮރީ ލިޔުނު ފޮތަކީ 2017 ވަނަ އަހަރު ޔޫރަޕިއަން ޕްރެސް ޕްރައިޒްގެ "ދަ ޑިސްޓިންގުއިޝްޑް ރައިޓިން އެވޯޑް"އަށް ވެސް ނޮމިނޭޓުވެފައިވާ ފޮތެކެވެ. އެހެން ނަމަވެސް، އެ ފޮތުގައި ރާއްޖެއާ ބެހޭގޮތުން ހަގީގަތާ ހިލާފު، ރާއްޖޭގެ ތަސައްވުރު ކިލަނބުވާ ފަދަ ވާހަކަތަކެއް ހިމެނިފައިވުމުން މީސް މީޑިއާގައި ގިނަ އަދަދެއްގެ ދިވެހީން ދަނީ ހިތްހަމަނުޖެހުން ފާޅުކޮށް ބޮރީއަށް ފާޑުކިޔަމުންނެވެ. ފްރެންޗެސްކާ ބޮރީ އެ ފޮތުގައިވާ ގޮތުން ބޮރީ މާލޭގެ އިތުރުން ކ. މާފުއްޓާއި ކ. ތިލަފުށި އަދި އއ. ހިމަންދޫއަށްވެސް ޒިޔާރަތްކުރިއެވެ. ފޮތް ފަށާފައިވަނީ އޭނާ ރާއްޖެ އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރި ބައެއް ތަޖުރިބާތަކުންނެވެ. އޭނާ ފޮތުގައި ބުނެފައިވަނީ އެއާޕޯޓުން އޭނާ ފެނިގެން ދިވެހި ކުޑަކުދީންތަކެއް ދިޔައީ "އެފްރިކާ މީހަކަށް ދޮން މީހަކު ފެނުމުން ބަލަހައްޓައިގެން ހުންނަ ގޮތަށް" ބަލަމުން ކަމަށެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިން ލަނީ ބްރޭންޑެޑް ތަކެތި ނަމަވެސް ދިވެހީން ބޭނުންކުރަނީ ފޭކު އެއްޗެހިކަމަށްވެސް ބުންޏެވެ. ބޮރީގެ ފޮތުގައި އެންމެ ބޮޑަށް ފާހަގަވެގެން ދިޔަ އެއް ކަމަކީ މާލޭގައި ބުކްޝޮޕުތައް ނުހުންނަ ކަމަށް އޭނާ ބުނެފައިވުމެވެ. އޭނާ ބުނެފައި ވަނީ މާލޭގައި އޭނާއަށް ފެނުނީ އެންމެ ބުކްޝޮޕެއް ކަމަށާއި އެ ފިހާރައަކީ ވެސް އިސްލާމިކް ބުކްޝޮޕެއް ކަމުގަ އެވެ. އޭނާ އެ ފޮތުގައި ބުނެފައި ވަނީ އެ ފިހާރާގައި މަދު އަރަބި އަދި އިނގިރޭސި ފޮތްތަކެއް ފިޔަވައި ދެން މުޅީން ވެސް ހުރީ ދިވެހި ފޮތްތައް ކަމުގައެވެ. @francescaborri this is Bandeyri! He went around Malé pushing his cart selling books. May he rest in peace. pic.twitter.com/HD6yNTxaL3 — Caliph. Rannamaari (@rannamaari) January 28, 2019 Might want search Google Maps for "bookshop" next time. This book is a blatant lie at this point. Even given the benefits of the doubt, this book falls short of acceptable.Tldr: Riddled with lies for dramatic purposes. pic.twitter.com/TXycTvAzqC — A. A. Nawaz ????❓ (@aanawazu) January 27, 2019 އޭގެ އިތުރުން، ރާއްޖޭގައި އިނގިރޭސި ބަސް ނޭނގޭ މީހުން ގިނަ ކަމަށް ދޭހަވާ ގޮތަކަށް ވެސް އޭނާގެ ފޮތުގައި ލިޔެފައިވެއެވެ. އަދި އިނގިރޭސި ބަހަކީ ކިޔަވައިގެން ތިބި ދޮން ނަސްލުގެ މީހުންގެ ބަހެއް ކަމަށް އޭނާ ފޮތުގައި ބުނެއެވެ. "އެކަމަކު އިނގިރޭސި ބަހަކީ، މަދު ބަޔަކު ބޭނުން ކުރާ ބަހެއް. އެ މަދު ބަޔަކީ، މުއްސަނދި، ކިޔަވައިގެން ތިބި ހަމުގެ ކުލަ ދޮން ބަޔެއް،" އޭނާގެ ފޮތުގައި ލިޔެފައިވެއެވެ. ބޮރީގެ ފޮތުގައި އޭނާ ވަނީ ޓެރަރިސްޓު ޖަމާއަތްތަކަށް ހިތްވަރުދޭ ބަޔަކު އުޅޭ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ސިފަކޮށްފައެވެ. އޭނާ ލިޔެފައި ވަނީ ފްރާންސާއި ބެލްޖިއަމް ފަދަ ގައުމުތަކުގައި، މުސްލިމުން، ހައްދުފަނައަޅާފައިވާ ޖަމާއަތަކުން ހިންގާ އަމަލުތަކަށް ލަދުވެތިވާ ކަމުގައެވެ. އެހެން ނަމަވެސް، އެފަދަ ޖަމާއަތްތަކުގެ މީހުންނާ މެދު ދިވެހިން ދެކެނީ ބަތަލުންގެ ގޮތުގައި ކަމަށް އޭނާގެ ފޮތުގައި ލިޔެފައިވެއެވެ. "ދުނިޔޭގެ އެހެން ގައުމުތަކުގައި މީހުން އޮލިމްޕިކްސް ބެލި އިރު ރާއްޖޭގައި މީހުން ބެލީ ހަލަބުގެ ހަނގުރާމަ. އެމީހުން ތިބީ އަލްގައިދާއާ އެއްކޮޅުގައި،" އޭނާގެ ފޮތުގައި ލިޔެފައިވެއެވެ. ސޯޝަލް މީޑިއާގައި އެކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނަމުން ދަނީ، ރާއްޖޭގައި ޓެރަރިސްޓު ޖަމާއަތްތަކާ އެއްކޮޅަށް ވާހަކަ ދައްކަނީ މަދު ބަޔަކު ކަމަށެވެ. އަދި މަދު ބަޔަކު ކުރާ ކަމަކަށް މުޅި ގައުމު ބަދުނާމު ކުރުމަކީ އިންސާފެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. By saying Maldivians cheered while watching the Battle of Aleppo is an injustice to those Madivians who are Muslims, but not terrorists. Who are mortified, just like the Muslims in Brussels, Paris and Tunisia when asked about terrorists. — Nash (@NashNasheed) January 26, 2019 އޭގެ އިތުރުން އޭނާގެ ފޮތުގައި ވަނީ، ދިވެހީންނަކީ ޓެކްނޮލޮޖީއަށް އަހުލުވެރި ނޫން ބަޔަކު އުޅޭ ގައުމެއް ކަމަށް ދޭހަވާ ގޮތަށް ވެސް ސިފަކޮށްފަ އެވެ. "އަހަރެންގެ ފޯނަށް މެސެޖެއް އައުމުން ފޯނު ދިއްލުނު. އެވަގުތު އެންމެން ހައިރާންކަމުގެ އަޑެއް ލެއްވި. އެއީ އަަހަރެންގެ ފޯނަކީ އައިފޯނެއް ކަމުން. މިތަނުގައި މީހުން އައިފޯނެއް ނުދެކޭ،" ބޮރީގެ ފޮތުގައިވެ އެވެ. އެހެން ނަމަވެސް، ގިނަ ދިވެހިންނަކީ ސްމާޓް ފޯނު ގެންގުޅޭ، ޓެކްނޮލޮޖީއަށް އަހުލުވެރި ބައެއް ކަމަށް ބުނެ، ދިވެހިން ދަނީ ބޮރީ ދިރާސާ ކުރި މިންވަރާ ބެހޭގޮތުން ސުވާލު އުފައްދަމުންނެވެ. 98% of our population had internet access five years ago. We have one of the highest tech proliferation and device per capita stats in the world. This isn't lazy research, this is outright malicious https://t.co/slgUtYcoYe — Naailu???? (@kudanai) January 27, 2019 ބޮރީގެ ފޮތުގައި އޭނާ އިތުރަށް ބުނެފައި ވަނީ ރާއްޖެ އަކީ މުޅި ދުނިޔޭގައި ވެސް އަމިއްލަ ބާވަތެއްގެ ކެއުމެއް ނުވަތަ "ލޯކަލް ކުއިޒީނެއް" ނުހުންނަ ހަމަ އެކަނި ގައުމު ކަމުގައި ބުނެވިދާނެ ކަމަށެވެ. އެކަމަށް ޓްވިޓާގައި ރައްދު ދިން ރައްދު ދިން ފަރާތްތަކުން ވަނީ، ދިވެހި ކާއެއްޗެއްސާ ބެހޭގޮތުން އިނގިރޭސިން ލިޔެފައި އޮތް ފޮތެއް އޭނާ މިހާރު ވެސް ބޭނުން ކުރާ ކަމުގައެވެ. އޭގެ އިތުރުން، ޕީއެޗްޑީއަށް ކިޔަވަމުންދާ ދިވެއްސަކު ވަނީ އޭނާ ދިވެހި ކާނާއާ ބެހޭގޮތުން ދިރާސާ ކުރަމުންދާ ކަންވެސް ހާމަކޮށްފައެވެ. Why did you say Maldives has no local cuisine? I've been learning how to cook Maldivian recipes from a cookbook written by a Maldivian—bought it on Amazon too. I've mastered cooking boakiba & bajiya. Come over & try some short eats with my Maldivian husband and me sometime. pic.twitter.com/SxrLOsrnCo — Angela Didi (@AhmedsAngel) January 27, 2019 Maldivian cuisine family lunch from last Friday pic.twitter.com/BT1mwXIFrU — Neets (@neetuyam) January 27, 2019 "ޑެސްޓިނޭޝަން ޕެރަޑައިސް: އެމަންގް ދަ ޖިހާދިސްޓްސް އޮފް މޯލްޑިވްސް" ފޮތުގައި، ރާއްޖޭގެ ތަސައްވުރު ކިލަނބުވާ ގޮތަށް އެތައް ވާހަކައެއް ލިޔެފައި ވުމުން، ބޮރީއަށް ނިސްބަތްވާ ގޮތަށް ދިވެހީން ހިތްހަމަނުޖެހުން ފާޅު ކުރަމުން ދާއިރު އަދި އޭނާ އެކަމާ ގުޅޭ ގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ.
ރާއްޖެއާ ބެހޭ ފޮތެއް: ދިވެހީން ރަތަށް!
ބުކިން ޑޮޓް ކޮމްގެ ގެސްޓް ރިވިއު އެވޯޑު 2018 ފުށިފަރު މޯލްޑިވްސްއަށް ލިބިއްޖެ އެވެ. ބޫކިން ޑޮޓް ކޮމް އިން ކޮންމެ އަހަރަކު ދޭ ގެސްޓް ރިވިއު އެވޯޑަކީ އެ ވެބްސައިޓު ބޭނުން ކުރާ ފަތުރުވެރިން، އެ ވެބްސައިޓު މެދުވެރިކޮށް ބުކް ކުރާ ތަންތަން ރިވިއުކުރުމުން، އަހަރު ނިމޭ އިރު އެންމެ މަތީ އެވަރެޖް ސްކޯއެއް އޮންނަ ތަންތަނަށް ދޭ އެވޯޑެކެވެ. އެ އެވޯޑު މިހާރު ވަނީ ޖެހި ޖެހިގެން ހަތް އަހަރު ދީފަ އެވެ. ޅ. ފުށިފަރުގައި މުނި އެންޓަޕްރައިޒުން ހިންގާ ފުށިފަރު މޯލްޑިވްސްއަށް ބުކިން ޑޮޓް ކޮމްގެ 2018 ވަނަ އަހަރުގެ ގެސްޓް ރިވިއު އެވޯޑު ލިބުނީ 10 އަކުން 9.2ގެ އިންޑެކްސް ސްކޯއަކާ އެކު އެވެ. އެކަމާ ގުޅިގެން ފުށިފަރުގެ ޖެނެރަލް މެނޭޖަރު އަހުމަދު ސިއާރު ވިދާޅުވީ، އެ ރިސޯޓުން ފަތުރުވެރިންނަށް ފޯރުކޮށްދޭ، ހިދުމަތްތައް ފަތުރުވެރިން ބަލައިގަންނާތީ އުފާ ކުރާ ކަމަށެވެ. އަދި އެ ރިސޯޓުން މަސައްކަތް ކުރަނީ ކޮންމެ ފަތުރުވެރިއަކަށް ވެސް ހާއްސަ ހިދުމަތްތައް ދެވޭތޯ ކަމަށް އޭނާ ވިދާޅުވި އެވެ. ސީޕްލޭނުގައި 35 މިނެޓުން ދެވޭ ފުށިފަރުގައި 11 ކޮޓަރީގެ ބީޗު ވިލާ ސަން ރައިޒް، 15 ކޮޓަރީގެ ބީޗު ވިލާ ސަންސެޓް، 8 ކޮޓަރީގެ ޕޫލް ބީޗު ވިލާ ސަން ރައިޒް، 10 ކޮޓަރީގެ ޕޫލް ބީޗް ވިލާ ސަންސެޓް އަދި ފަސް ވޯޓާ ވިލާގެ ރޫމް ހިމެނޭގޮތަށް ޖުމްލަ 49 ކޮޓަރި ހުރެ އެވެ. ޅ. އަތޮޅުގެ އިރު އުތުރުގައި އޮންނަ ފުށިފަރު ކައިރީގައި ހިމާޔަތްކޮށްފައިވާ ސަރަހައްދެއް އޮވެ އެވެ. އަދި އެ ސަރަހައްދަކީ ފަތުރުވެރިންގެ މެދުގައި ޑައިވިންއަށް ދިޔުމަށް މަގުބޫލު ސަރަހައްދެކެވެ.
ބުކިން ޑޮޓް ކޮމްގެ ގެސްޓް ރިވިއު އެވޯޑު ފުށިފަރު މޯލްޑިވްސްއަށް
މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ސޯނަމް ކަޕޫރުގެ ފިލްމު 'އެކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ' އާއި ކަންގަނާ ރަނައުތުގެ ފިލްމު 'މަނީކަރްނިކާ: ދަ ކުއީން އޮފް ޖާންސީ' އިންޓަނެޓުގައި ލީކުކޮށްލައިފި އެވެ. ބެލެވޭ ގޮތުގައި ފިލްމުތައް ލީކު ކޮށްލައިފައި ވަނީ "ތަމިލްރޮކާޒް" ކިޔާ ބައެކެވެ. މިއީ އެ ގްރޫޕުން ފިލްމެއް ލީކު ކޮށްލި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ހިންދީ ފިލްމުތަކާއި ތަމަޅަ، މަލަޔާލަމް ފިލްމުތަކުގެ އިތުރުން ހޮލީވުޑް ފިލްމުތައް ވެސް އެމީހުން ވަނީ ލީކުކޮށްލައިފަ އެވެ. ގަވާއިދާ ޚިލާފަށް ފިލްމުތައް ލީކު ކުރުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށައިފައިވީ ނަމަވެސް ފަހަކަށް އައިސް ރިލީޒްކުރާ ކޮންމެ ބޮލީވުޑް ފިލްމެއް އަންނަނީ ލީކު ކުރަމުންނެވެ. މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި 'އެކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ' އަށް މިހާތަނަށް ހަތް ކުރޯޑް ލިބިފައިވާ އިރު ފިލްމަށް ލިބެމުން އަންނަ ތަރުހީބު އަންނަނީ އިތުރުވަމުންނެވެ. ޝެލީ ޗޯޕްރާ ދަރް ލިޔެ ޑައިރެކްޓުކޮށްފައިވާ އެ ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދަނީ ސޯނަމް، އަނިލް ކަޕޫރު، ރާޖްކުމާރު ރާއޯ އަދި ޖޫހީ ޗާއުލާ އެވެ. "މޯސްޓް އަންއެކްސްޕެކްޓެޑް ރޮމޭންސް" ގޮތުގައި ބުނަމުން އަންނަ 'އެކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ' އަކީ ސޯނަމް އާއި އަނިލް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. ޖެނުއަރީ 25 ވަނަ ދުވަހު ރިލީޒް ކުރި 'މަނީކަރްނިކާ' އަށް މިހާތަނަށް 52 ކުރޯރު ރުޕީޒް އަށް ވުރެ ބޮޑު އާމްދަނީއެއް ވަނީ ލިބިގެން ގޮސްފަ އެވެ. ފިލްމުގައި ކަންގަނާގެ އިތުރުން ދެން ފެނިގެން ދާނީ ޑެނީ ޑެންޒޮންގްޕާ، ސުރޭޝް އޮބެރޯއީ އަދި އަންކިތާ ލޮކާންޑޭ އެވެ.
ސޯނަމް އާއި ކަންގަނާގެ ފިލްމުވެސް ލީކު ކޮށްލައިފި
ގާނޫނީ ވަކީލު މޫސާ ސިރާޖާއި ހިސާން ހުސައިން އަށް އެމްޑީޕީގެ މަޖިލިސް އިންތިހާބުގެ ޓިކެޓު ކަށަވަރުވެއްޖެއެވެ. މިއަދު ބޭއްވި އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ސިރާޖު ވާދަކުރެއްވީ ލ. ފޮނަދޫ ދާއިރާއަށެވެ. އަދި ހިސާން ވާދަކުރެއްވީ ބ. ތުޅާދޫ ދާއިރާއަށެވެ. އެއީ ދެ ބޭފުޅުންވެސް ނިސްބަތްވެވަޑައިގަންނަވާ އަތޮޅެވެ. ހިސާންއަކީ އެމްޑީޕީގެ ލީގަލް ޑިރެކްޓަރެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލެއްގެ ގޮތުގައިވެސް އޭނާ މަސައްކަތް ކުރެއްވިއެވެ. ހިސާން 2014 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ބ. އޭދަފުށި ދާއިރާއަށްވެސް ކުރިމަތިލެއްވިއެވެ. ނަމަވެސް އެ އިންތިހާބުން ހިސާން ވަނީ ނާކާމިޔާބުވެވަޑައިގެންފައެވެ. ލ. ފޮނަދޫއަށް ނިސްބަތްވާ، އަދި އެ ދާއިރާގެ އެމްޑީޕީގެ ޓިކެޓު ކާމިޔާބުކުރެއްވި ސިރާޖުއަކީ އެމްޑީޕީ ލީގަލް ޓީމުގެ މެމްބަރެކެވެ. އެމްޑީޕީއާ ގުޅޭ މައްސަލަތަކުގައި އޭނާ ވަކާލާތުކުރައްވައެވެ. އޭގެ އިތުރުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ވަކީލެއްގެ އިތުރުން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނާއި ފެނަކަ ކޯޕަރޭޝަނުގެ ކުރީގެ ޗެއާމަން މުހައްމަދު ނަދީމުގެ ވަކީލެއްގެ ގޮތުގައިވެސް ސިރާޖު މަސައްކަތް ކުރެއްވިއެވެ.
ލޯޔަރު ހިސާންއާއި ސިރާޖަށްވެސް ޓިކެޓު ކަށަވަރުވެއްޖެ!
މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ސޯނަމް ކަޕޫރުގެ ފިލްމު 'އެކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ' އާއި ކަންގަނާ ރަނައުތުގެ ފިލްމު 'މަނީކަރްނިކާ: ދަ ކުއީން އޮފް ޖާންސީ' އިންޓަނެޓުގައި ލީކުކޮށްލައިފި އެވެ. ބެލެވޭ ގޮތުގައި ފިލްމުތައް ލީކު ކޮށްލައިފައި ވަނީ "ތަމިލްރޮކާޒް" ކިޔާ ބައެކެވެ. މިއީ އެ ގްރޫޕުން ފިލްމެއް ލީކު ކޮށްލި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ހިންދީ ފިލްމުތަކާއި ތަމަޅަ، މަލަޔާލަމް ފިލްމުތަކުގެ އިތުރުން ހޮލީވުޑް ފިލްމުތައް ވެސް އެމީހުން ވަނީ ލީކުކޮށްލައިފަ އެވެ. ގަވާއިދާ ޚިލާފަށް ފިލްމުތައް ލީކު ކުރުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށައިފައިވީ ނަމަވެސް ފަހަކަށް އައިސް ރިލީޒްކުރާ ކޮންމެ ބޮލީވުޑް ފިލްމެއް އަންނަނީ ލީކު ކުރަމުންނެވެ. މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި 'އެކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ' އަށް މިހާތަނަށް ހަތް ކުރޯޑް ލިބިފައިވާ އިރު ފިލްމަށް ލިބެމުން އަންނަ ތަރުހީބު އަންނަނީ އިތުރުވަމުންނެވެ. ޝެލީ ޗޯޕްރާ ދަރް ލިޔެ ޑައިރެކްޓުކޮށްފައިވާ އެ ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދަނީ ސޯނަމް، އަނިލް ކަޕޫރު، ރާޖްކުމާރު ރާއޯ އަދި ޖޫހީ ޗާއުލާ އެވެ. "މޯސްޓް އަންއެކްސްޕެކްޓެޑް ރޮމޭންސް" ގޮތުގައި ބުނަމުން އަންނަ 'އެކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ' އަކީ ސޯނަމް އާއި އަނިލް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. ޖެނުއަރީ 25 ވަނަ ދުވަހު ރިލީޒް ކުރި 'މަނީކަރްނިކާ' އަށް މިހާތަނަށް 52 ކުރޯރު ރުޕީޒް އަށް ވުރެ ބޮޑު އާމްދަނީއެއް ވަނީ ލިބިގެން ގޮސްފަ އެވެ. ފިލްމުގައި ކަންގަނާގެ އިތުރުން ދެން ފެނިގެން ދާނީ ޑެނީ ޑެންޒޮންގްޕާ، ސުރޭޝް އޮބެރޯއީ އަދި އަންކިތާ ލޮކާންޑޭ އެވެ.
ސޯނަމް އާއި ކަންގަނާގެ ފިލްމުވެސް ލީކު ކޮށްލައިފި
ގއ. ވިލިނގިއްޔާ ކާއިރީ އޮންނަ ކޫއްޑޫ ފަރަށް ދޯންޏެއް އަރައިފި އެވެ. އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބުނީ މިއަދު ހެނދުނު 9:27 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެމްއެންޑީއެފް އިން ބުނީ، "ދުވެލި" ނަމަކަށް ކިޔާ ދޯންޏެއް ގއ. ކޫއްޑު ފަރަށް އަރައިގެން އުޅޭ ކަމުގެ މައުލޫމަތު ލިބިގެން އެމްއެންޑީއެފްގެ ކޯސްޓްގާޑް މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން ދާ ކަމަށެވެ. އެ ހާދިސާ ހިނގި އިރު ދޯނީގައި ތިބި ތިން މީހުންގެ ހާލު ވެސް ރަނގަޅުކަމަށް އެމްއެމްއެންޑީއެފުން ބުނެ އެވެ.
ކޫއްޑޫ ފަރަށް ދޯންޏެއް އަރައިފި
ބެލުންތެރީންގެ އިތުބާރު ހޯދާފައިވާ ޑާކްރެއިން އެންޓަޓެއިންމަންޓްއިން ގެނެސްދޭ މިއަހަރުގެ ފުރަތަމަ ފިލްމު "ގޮށްރާޅު" މިރޭ އޮލިމްޕަހުގައި ޕްރިމިއާކުރާނެއެވެ. ފިލްމު އަޅުވަން ބެލުންތެރިންކުރި އިންތިޒާރަށް ނިމުމެއް އަންނަނީއެވެ. ދިވެހި ސިނަމާއަށް ބޮޑު އިންގިލާބެއް ގެނުވާނެ "ގޮށްރާޅު" އަކީ އަހަރު ނުކުންނާނެ އެންމެ އުންމީދީ އެއް ފިލްމު ވެސް މެއެވެ. ރެޑް ކާޕެޓް ހަފްލާއެއްގައި ފިލްމު މިރޭ 20:30ގައި ޕްރިމިއާކުރުމަށް ވަނީ ހަމަޖެހިފައެވެ. ގައިން ހީބިހި ނަގާ ގިނަ މަންޒަރުތައް ޓްރެއިލާ ފެނުނުއިރު އެ ބަލަން ވެސް އިންނަންޖެހުނީ "ސީޓުގައި ހިފަހައްޓާލައިގެން" ނޭވާ ވެސް ހިފަހައްޓާލައިގެންނެވެ. "ހެޕި ބާތް ޑޭ" އަށްފަހު މޫމިން ފުއާދު ލިޔުނުއިރު އެ ވާހަކައިގެ ބޮޑު މަންޒަރު ފެންނާނީ މިރޭ ރިލީޒްކުރާ "ގޮށްރާޅު" އިންނެވެ. ބޮޑު ރާޅު ބިންދާލާނީ މި ފިލްމުނެވެ. އަތޮޅު ތެރެއަށްވެސް އެ ރާޅު ބިންދާލާނެ ކަމަށް ފިލްމުގެ ޓީމުން ބުނެއެވެ. ގޮށްރާޅު"އަކީ އަހުމަދު ޝިނާންގެ ފުރަތަމަ ސޯލޯއެވެ. ފިލްމު އިންޑަސްޓްރީގައި މިވަގުތު އެންމެ އުހުގައި ފިޔަޖަހަމުން އަންނަ ޑާކްރެއިންގެ ޓީމުން ތިބީ މިރެއަށް ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ އެ ފިލްމަކީ އަހަރު ނުކުންނާނެ އެންމެ ރީތި އަދި އެންމެ މޮޅު އެއް ފިލްމު ކަމަށެވެ. އެ ފިލްމަކީ ޑާކްރެއިންއިން ވެސް މީގެ ކުރިން ގެނެސްދީފައިނުވާ ޖޯންރާއެއްގެ ފިލްމެކެވެ. ވަރުގަދަ ކްރައިމް ތްރިލާއެކެވެ. އެ ފިލްމުގެ ތަރިންނަކީ ޖުމައްޔިލް ނިމާލް، ހަސަން އިރުފާން (ޒަކިއްޓެ)، އަލަށް ތައާރަފްވާ ދެ ބަތަލުން ކަމަށްވާ ތަސްނީމާ، ރަޝްފާ، އަޒާން އެވެ. އޭގެ އިތުރުން ފިލްމުގައި ދެން ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ނާޝިދު، ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ. ގޮށްރާޅުގެ ބައެއް ތަރިން-- ފޮޓޯ/ ފޭސްބުކް "ގޮށްރާޅު" މިރޭ އޮލިމްޕަސް ސިނަމާއަށް އަރާނެއެވެ. އަވަހަށް ތައްޔާރުވާށެވެ. "ގޮށްރާޅު"ގެ އޮންލައިން ޕާޓްނަރަކީ ސަން އޮންލައިން އެވެ.
މިރޭ އޮލިމްޕަހަށް "ގޮށްރާޅު" އަރަނީ، އަވަހަށް ތައްޔާރުވޭ!
މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހަދަން ބޭނުންވާ ފަރާތްތަކާއެކު ވާހަކަދައްކަން ތައްޔާރަށް ތިބި ކަމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ލިބުނީމަ މިފަހަރުވެސް ޖޭޕީ މަގުމައްޗަށް އެއްލާލީ ކަމަށެވެ. އަދި ޖޭޕީއަށް މިޖެހުނީ މިފަހަރުވެސް ސަލާން ޖަހަންކަމަށް ގާސިމް ވިދާޅުވިއެވެ. "މަޖިލިހުގެ ގޮނޑިތަކަށް ކުރިމަތިލުމުގައި ޖޭޕީއާއެކު ގުޅިގެން މަޖިލިހުގެ ގޮނޑިތަކަށް ކުރިމަތިލުމަށް ހުރިހާ ބަޔަކާ ވާހަކަދައްކަން ޖޭޕީ ތައްޔާރު ވެއްޖައިން" ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ. ގާސިމް މިރޭ ވަނީ އެހެން ޓްވީޓެއްވެސް ކުރައްވާފައެވެ. ޖޮއިންޓް ޕާލިމްންޓްރީ ގުރޫޕު ރޫޅާލަފާނެ ކަމަށް އެމްޑީޕީން ބުނުމުން ހައިރާން ނުވާކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް އެހެން ވިދާޅުވީ މިއަދު އެމްޑީޕީގެ ޕީޖީ ގުރޫޕުން ނެރުނު ބަޔާނަކަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައެވެ. އެމްޑީޕީ ޕީޖީ ގުރޫޕުން ބަޔާން ނެރުނުނީ ޖޭޕީގެ ޕީޖީގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް އަބްދުﷲ މަޖިލީހަށް ހުށަހެޅުއްވި އިސްލާހާ ގުޅިގެންނެވެ. އެ އިސްލާހު ހުށަހެޅީ ރައީސްކަން ކޮށްފައިވާ މީހަކަށް މަޖިލީހުގައި ވާދަ ނުކުރެވޭ ގޮތް ހެދުމަށެވެ. އެ އިސްލާހު ނެގުމާ ޖޭޕީން ބާރު އަޅައި ދިނުމަށް އެދި އެމްޑީޕީގެ ޕީޖީ ގުރޫޕުން ނެރުނު ބަޔާނަށް ރައްދު ދެއްވައި ގާސިމް ވިދާޅުވީ ޖޮއިންޓް ޕީޖީ ރޫޅާލާފާނެ ކަމަށް އެމްޑީޕީން ބުނީމަ ހައިރާން ނުވާ ކަމަށެވެ. "ސުވާލަކީ މިހާރު އެބައޮތްހޭ؟ އިތުރަށް ރޫޅާލާކަށް. މަޖިލީހަށް ހުރިހާ ގޮނޑިއަކަށް ކުރިމަތިލުމަށް އެމްޑީޕީން ނިންމީމާ އެއްބަސްވުމާއި ވައުދާ އަހުދާއި ހިލާފުވީ ނޫންތޯ.؟" ގާސިމް ވަނީ ސުވާލު އުފައްދަވާފައެވެ. އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ޝަރުތުތައް ޤާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާއިރު، އެ ޝަރުތުތަކުން ބޭރުން އިތުރު ޝަރުތުތައް ކަނޑައެޅުމަށް ހުށަހަޅާ ހުށަހެޅުމަކީ ޤާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފުކަމެއް ކަމަށެވެ. އަދި އެއީ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ މެމްބަރަކު މަސައްކަތްކުރުމަށް އޮންނަ އެންމެހައި އުސޫލުތަކާ ވެސް ހިލާފުކަމެއް ކަމަށް އެމްޑީޕީ ޕީޖީ ގުރޫޕުގެ ބަޔާނުގައި ބުނެފައިވެއެވެ.
މަޖިލިސް އިންތިހާބަށް ޖޭޕީ އެހެން ޕާޓީތަކާ ކޯލިޝަން ހަދަނީ
ކޮމެޑީ ފިލްމުތަކުން ބެލުންތެރިން ހެއްވާލައި، ބެލުންތެރިންގެ ލޯބި ހޯދި އެކްޓަރު ކާތިކް އާރްޔަން ސީރިއަސް ފިލްމުތައް ކުޅެން ބޭނުންވެފައި ހުރި ކަމަށް ބުނެފިއެވެ. ދެހާސް އެގާރަ ވަނަ އަހަރު، ފިލްމު 'ޕިޔާރް ކޭ ޕަންޗްނާމާ' އިން ބޮލީވުޑަށް ތައާރަފުވި ކާތިކް މިހާތަނަށް މުޅިން ވެސް ފެނިގެން ގޮސްފައި ވަނީ ކޮމެޑީ ފިލްމުތަކުންނެވެ. 'ޕިޔާރް ކޭ ޕަންޗްނާމާ' ސީރީޒްގެ ދެ ފިލްމަކާއި އަދި 'ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީ'ގެ އިތުރުން އޭނާގެ ކުރިއަށް އޮތް ފިލްމު 'ލުކާ ޗުޕީ' އަކީ ވެސް ކޮމެޑީ އެކެވެ. 'ލުކާ ޗުޕީ'ގެ ޓްރެއިލާ ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ކާތިކް ބުނީ ކޮމެޑީ އަކީ އެންމެ އުނދަގޫ ޖޯންރާ ކަމަށް ގަބޫލުކުރާ ކަމަށާއި އޭނާއަށް އަދިވެސް ކޮމެޑީ ފިލްމުތަކުގެ ހުށަހެޅުން ލިބެމުން އަންނަ ކަމަށެވެ. "ވަރަށް ބައިވަރު ކޮމެޑީ ފިލްމުތައް ލިބޭ. އެކަމަކު މިހާރު ބޭނުމީ ސީރިއަސް ފިލްމުތައް ކުޅެން،" ކާތިކް ބުންޏެވެ. ކާތިކް ބުނީ އޭނާ މިހާރު ބޭނުމީ ތުރިލާއެއް ނުވަތަ ވިލަން އެއްގެ ރޯލު ކުޅެލަން ކަމަށެވެ. ކާތިކް އެންމެ ގިނައިން ބަލަނީ އަދި އެންމެ ބޮޑަށް ގަޔާވަނީ ވެސް ތުރިލާ ފިލްމުތަކަށެވެ. ކާތިކް މިހާރު އުޅެނީ ފިލްމު 'ލުކާ ޗުޕީ'ގެ ޕްރޮމޯޝަން މަސައްކަތުގައެވެ. ފިލްމުގައި ކާތިކް އާއެކު ފެނިގެން ދާނީ ކްރިތީ ސެނަން އެވެ. މެޑޮކް ފިލްމްސް އިން ޕްރޮޑިއުސް ކޮށްފައިވާ އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މާޗު އެއްވަނަ ދުވަހުއެވެ.
ދެން ބޭނުމީ ސީރިއަސް ފިލްމު ކުޅެން: ކާތިކް
ނަރްގިސް ފަޚްރީ އަދި ސަޗިން ޖޯޝީ ލީޑު ރޯލުން ފެނިގެންދާ ބިރުވެރި ފިލްމު 'އަމާވަސް' ރިލީޒް ކުރުން ފަސްކޮށްފި އެވެ. މި މަހު ކުރީކޮޅު ރިލީޒްކުރަން ހަމަޖެހިފައި އޮތް ފިލްމު މިހާރު ވަނީ ފެބުރުއަރީ އަށެއްގައި ރިލީޒް ކުރާ ގޮތަށް ބަދަލުކޮށްފަ އެވެ. ފިލްމު ރިލީޒް ކުރުން ފަސްކުރީ އެހެން ފިލްމަކާ އެކު ރިލީޒް ނުކުރަން ވެގެންނެވެ. ފިލްމު އުފެއްދި ފަރާތުން ބުނީ އެމީހުން ބޭނުންވި ފެންވަރުގެ މޮޅު ފިލްމެއް އުފެއްދިފައިވާ ކަމަށާއި، ރަނގަޅު ތާރީޚެއްގައި ފިލްމު ރިލީޒް ނުކުރެވިއްޖެ ނަމަ އެކަމުގެ އަސަރު ފިލްމުގެ ވިޔަފާރިއަށް ކުރާނެ ކަމަށެވެ. ފިލްމު ރިލީޒް ކުރާ ތާރީޚަށް ގެނައި ބަދަލާ އެކު ހަފްތާއެއް ވަންދެން 'އަމާވަސް' އަށް ބޮކްސްއޮފީހުގައި އެހެން ފިލްމަކާ ވާދަކުރާކަށް ނުޖެހޭނެއެވެ. އިންގްލޭންޑުގައި ޝޫޓުކޮށްފައިވާ 'އަމާވަސް'ގައި އެންމެ މަތީ ފެންވަރުގެ ވީއެއްއެކްސް ބޭނުންކޮށްފައި ވާނެ ކަމަށް ޑައިރެކްޓަރު ބުޝަން ޕަޓޭލް ވަނީ ބުނެފަ އެވެ. ބުޝަން ވަނީ މީގެ ކުރިން '1920' 'އަލޯން' އަދި 'ރާގިނީ އެމްއެމްއެސް' ފަދަ ބިރުވެރި ފިލްމުތައް ޑައިރެކްޓުކޮށްފަ އެވެ. ނަރްގިސް އަދި ސަޗިންގެ އިތުރުން ފިލްމުން ދެން ފެނިގެންދާނީ ވިވާން ބަތޭނާ، ނަވްނީތު ކޯރު ޑިލޯން، މޯނާ ސިންގ އަދި އަލީ އަސްގަރް އެވެ.
"އަމާވަސް" ފެބުރުއަރީއަށް ފަސްކޮށްފި
އޯޓިޒަމް ހުންނަ ކުދިންނަށް ދޭ ފަރުވާއެއް ކަމަށްވާ ސްޓެމް ސެލް ތެރަޕީއަކީ އަދި ރާއްޖޭގައި ހުއްދަ ދެވެން ނެތް ފަރުވާއެއްގެ ގޮތުގައި ކަނޑައެޅުމަށް ކަމާބެހޭ ފަރާތަށް ހުށަހެޅުމަށް ނިންމައިފައިވާ ކަމަށް މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންއިން ބުނެފިއެވެ. އޯޓިޒަމް އެސޯސިއޭޝަން އިން މިރޭ ނެރުނު ބަޔާނުގައި ބުނީ ސްޓެމް ސެލް ތެރަޕީއަކީ އޯޓިޒަމް ހުންނަ ކުދިންނަށް އޮތް ފަރުވާއެއް ކަމަށް ތަރައްގީވެފައި އޮތް ގައުމުތަކުގައިވެސް ގަބޫލުނުކުރާ ކަަމަށެެވެ. އަދި އެ ތެރަޕީއަށް އެފަދަ ކުދިންނަނަށް ފަރުވާއެއް ލިބޭނެ ކަމަށް ޔަގީންކުރެވޭ ދަރަޖައަށް ދިރާސާތަކުން ދައްކާނަމަ ދުނިޔޭގެ ނަން މަޝްހޫރު ކްލިނިކަލް ގައިޑްލައިންތަކުގައިވެސް ފަރުވާއެއްގެ ގޮތުގައި އެ ފަރުވާ އޮންނާނެ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ. އަދި އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިންވެސް އެ ފަރުވާ ބަލައިގެންފައި ނުވާކަމަަށް އެ އެސޯސިއޭޝަނުން ބުންޏެވެ " އެހެން ކަމުން އަވައްޓެރި ގައުމެއްގެ ބަޔަކު ހިންގާ ގޮތް ނޭނގޭ ތަހުލީލީ މަރުހަލާއެއްގައި އޮތް ފަރުވާއަކަށް، ނޭނގުމުގެ ތެރޭގައިވެސް ބެލެނިވެރިން އެމީހުންގެ ބެލެނިވެރިކަމުގެ ދަށުގައި ތިބި ކުޑަކުދިން ހުށަހަޅަމުންދާތީ، ރާއްޖޭގައިވެސް މިފަރުވާއަކީ ތިޔަބޭފުޅުންގެ ބެލެނިވެރިކަމުގެ ދަށުގައި ތިބި ކުޑަކުދިން ހުށަޙެޅުމަށް އަދި ހުއްދަ ދެވެން ނެތް ފަރުވާއެއްގެ ގޮތުގައި ކަނޑައަޅާ ދެއްވުމަށް އެދި ކަމާބެހޭ ފަރާތްތަކުގައި ދަންނަވަން ނިންމާފައިވާ ވާހަކަ މިސެންޓަރުން ފަރުވާ ހޯދާ ކުދިންގެ ބެލެނިވެރިންގެ ސަމާލުކަަމަށްޓަކައި ދެންނެވީމެވެ." އެ އެސޯސިއޭޝަންގެ ބަޔާނުގައި ވެއެވެ. ސްޓެމް ސެލް ތެރަޕީ ހެދުމަށް ރާއްޖޭގެ ބައެއް ބެލެނިވެރިންވެސް ފަހަކަށް އައިސް މަސައްކަތް ކުރަމުންދާތަން ދަނީ ފެންނަމުންނެވެ. އަދި އެ ފަރުވާގެ އަގު ބޮޑުކަމުން ފަންޑް ރެއިސިންގް ހަރަކާތްތަކެއްވެސް ބާއްވައިފައިވެއެވެ.
ރާއްޖޭގައި، ސްޓެމް ސެލް ތެރަޕީއަށް ހުއްދަ ނުދޭން ހުށަހަޅަނީ
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އާއި ޗެއާ ޕާސަންގެ ނައިބު އަލީ ނިޔާޒު މަޖިލިސް އިންތިހާބުގެ ޕްރައިމަރީ ކާމިޔާބު ކުރައްވައިފިއެވެ. މަޖިލިސް އިންތިހާބުގެ ޕްރައިމަރީ އެމްޑީޕީ އިން މިއަދު ބާއްވާފައިވާއިރު ހަސަން ލަތީފް ވާދަކުރެއްވީ ހެންވޭރު ހުޅަނގު ދާއިރާއަށެވެ. އަލީ ނިޔާޒު ވާދަކުރެއްވީ ހުޅުމާލެ ދާއިރާ އަށެވެ. ހުޅުމާލެ ދާއިރާ އަކީ މިފަހަރުގެ އިންތިހާބުގައި އަލަށް އުފެއްދި ދާއިރާ އެކެވެ. ހަސަން ލަތީފަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ލޯޔަރުގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ގާނޫނީ ވަކީލެކެވެ. އަލީ ނިޔާޒަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅެވެ. މީގެ ކުރިން ނިޔާޒު ވަނީ ފާދިއްޕޮޅު އަތޮޅުގެ ކައުންސިލަރުކަންވެސް ކުރައްވައިފައެވެ.
އެމްޑީޕީގެ ޗެއާޕާސަން އާއި ނައިބަށް ޓިކެޓު ކަށަވަރު!
އަރަބިއްޔާ ސްކޫލަށް ބޭނުންވާ ޓީޗަރުން ހަމަނުވާ މައްސަލާގައި އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ ޑރ މުހައްމަދު ޝަހީމް އަލީ ސައީދުވެސް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ޑރ. ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަރަބިއްޔާ ސްކޫލުގެ ޓީޗަރުން (އުސްތާޒުން) ހަމަނުވެގެން ދިމާވެފައިވާ ދަތިކަމުގެވާހަކަ ބެލެނިވެރިން އެމަނިކުފާނާ ހިއްސާކުރައްވާފައިވާ ކަމަށެވެ. "އަޅުގަނޑުގެ ފަރުދީ މަސްއޫލިއްޔަތުގެ ދަށުން އެކަމަށް ހައްލެއް ގެނެވޭތޯ މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީގެ އެކަމާ ގުޅޭ އެންމެ އިސްބޭފުޅުންނާ މިއަދު އަޅުގަނޑު ވަނީ ފޯނުން ގުޅައިގެން ވާހަކަ ދައްކާފައި،" އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުގެ މަގާމުގައި މިހާރު ހުންނެވި ކުރީގެ އިސްލާމިކް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ޝަހީމް ވިދާޅުވިއެވެ. އުއްމީދަކީ އަރަބިއްޔާއަށް ދިމާވެފައިވާ ޓީޗަރުންގެ ދަތިކަމަށް އަވަސް ހައްލެއް ލިބުން ކަމަށާއި ކިޔަވާ ކުދިންނަށް އެހީތެރިވުމަކީ ލިބިލައްވާ އުފަލެއްކަމަށް ޝަހީމް ވިދާޅުވިއެވެ. ދިރާސީ އަހަރު ފެށިގެން ދެ ހަފްތާ އަށްވުރެ ގިނަ ދުވަސްވެފައިވާއިރު އަރަބިއްޔާ އަށް ޓީޗަރުން ހަމަނުވެގެން ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަރައްބިޔާގެ ޓީޗަރުން ހަމަނުވާތީ ބެލެނިވެރިން ކަންބޮޑުވެފައިއިތުރަށް ވިދާޅުވުމަށް
އަރަބިއްޔާގައި ޓީޗަރުން ހަމަނުވާތީ ޑރ.ޝަހީމްވެސް ކަންބޮޑުވުން ފާޅުކުރައްވައިިފި
މިއަދު ބޭއްވި އެމްޑީޕީގެ 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީން ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީ، އަބްދުﷲ ޖާބިރާއި އޭނާގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު ނާކާމިޔާބުވެވަޑައިގެންފިއެވެ. އަބްދުﷲ ޖާބިރު ކުރިމަތިލެއްވީ ކާށިދޫ ދާއިރާއަށެވެ. އޭނާއަކީ މީގެ ކުރިންވެސް ކާށިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ. އެހެން ނަމަވެސް ކާށިދޫ ދާއިރާގެ ޕްރައިމަރީގައި އަބްދުﷲ ރިއްފަތުއާ ވާދަކުރައްވައި، ޖާބިރު ވަނީ ނާކާމިޔާބުވެވަޑައިގެންފައެވެ. ކާށިދޫ ދާއިރާއަށް ކުރިމަތިލެއްވީ ޖާބިރާއި ރިއްފަތު އެކަންޏެވެ. މީގެ އިތުރުން ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ކުރިމަތިލެއްވީ ގއ. ވިލިނގިލި ދާއިރާއަށެވެ. ހަތަރު ކެންޑިޑޭޓަކު ކުރިމަތިލި ވިލިނގިލި ދާއިރާ ކާމިޔާބުކުރެއްވީ ގއ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް ހާރޫން ރަޝީދެވެ. ދިޔާނާއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ބަންޑާރަ ނައިބުކަން ކުރެއްވި ބޭފުޅެކެވެ. އޭގެ އިތުރުން ސާކްގެ ސެކްރެޓަރީ ޖެނެރަލްކަމާއި، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ޖެންޑަރ މިނިސްޓަރުކަންވެސް ދިޔާނާ ކުރެއްވިއެވެ.
ޖާބިރާއި ދިޔާނާއަށް އެމްޑީޕީގެ ޓިކެޓު ނުލިބުނު!
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް މަތީތައުލީމުގެ ކޯސްތައް ނުހިންގުމަށް އެ އޮތޯރިޓީއިން އާންމުކޮށް އަންގައިފިއެވެ. އެ އޮތޯރިޓީއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެ އޮތޯރިޓީއިން ކޮންމެ އެކަޑެމިކް ޕްރޮގްރާމްއަކަށް ހުއްދަ ދެނީ ޕްރޮގްރާމް ޑޮކިއުމަންޓް އެ އޮތޯރިޓީއަށް ހުށަހެޅުމަށްފަހު، އެ އޮތޯރިޓީގެ މިންގަނޑުތަކަށް ފެތޭ ގޮތަށް، އެ ޑޮކިއުމަންޓްގައި ވާގޮތަށް ކަމަށެވެ. އެހެންނަމަވެސް އެ އޮތޯރިޓީން ހުއްދަދޭ ޕްރޮގްރާމްތައް ހިންގުމުގައި ޕްރޮގްރާމް ޑޮކިއުމަންޓްގައި ހިމެނޭގޮތަށް ހުއްދަ ދީފައިވާ ގޮތާ ހިލާފަށް އެ ޕްރޮގްރާމްތައް ހިންގާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ އޮތޯރިޓީން ހުއްދަދޭ ގޮތާ ހިލާފަށް މަތީ ތައުލީމުދޭ ބައެއް މަރުކަޒުތައް އިޝްތިހާރު ކުރާ ކަމުގެ ޝަކުވާވެސް ލިބޭކަމަށް އެމްކިއުއޭއިން ބުންޏެވެ. މިންގަނޑުތަކާ ހިލާފަށް ކޯސްތައް ހިންގަމުންދާނަމަ އެ ޕްރޮގްރާމްތައް ނުހިންގުމަށް ކޮލެޖުތަކާއި ޔުނިވާސިޓީގެ އިންސްޓްޓިއުޝަންތަކަށް އެމްކިއުއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބުނީ އެފަދަ ގޮތަކަށް އަމަލުކުރަމުންދާނަަމަ އެ ޕްރޮގްރާމްތަކުގެ ހުއްދަ ބާތިލް ކުރަން ޖެހިދާނެ ކަަމަށެވެ. އެމްކިއުއޭއިން ދާދި ފަހުން ބުނީ ކޯސްތައް އެޕްރޫވްކުރާއިރު ބައެއް ކަންތައްތައްތަކަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ. އެގޮތުން ދަރިވަރުންގެ ފެންވަރު ބެލުމަށް އެސައިމަންޓަށް ބަރޯސާވުން އިތުރުކަން ފާހަގަކުރެވޭ ކަމަށާއި ކުރިއަށް އޮތްތަނުގައި އެކަން ހައްލުކުރަން، ކޯސްތައް އެޕްރޫވްކުރާއިރު ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.
އެމްކިއުއޭގެ މިންގަނޑުތަކާ ހިލާފަށް މަތީތައުލީމުގެ ކޯސްތައް ނުހިންގުމަށް އަންގައިފި
ޕެރައިޑައިސް އައިލެންޑް ރިސޯޓުގައި އަނެއްކާ ވެސް ފަތުރުވެރިޔަކު މަރުވެއްޖެ އެވެ. ފުލުހުން ބުނީ ޕެރަޑައިސް އައިލެންޑް ރިސޯޓުން 36 އަހަރުގެ ފިރިހެނެއް މަރުވެގެން ރޭ އޭޑީކޭ އަށް ގެންގޮސްފައިވާ ކަމަށެވެ. މަރުވެފައި އޮއްވާ ފެނުނީ ޗައިނާގެ ފަތުރުވެރިއެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. އޭނާ މަރުވެފައި އޮއްވައި ފެނުނީ އޭނާ ރިސޯޓުގައި ހުރި ކޮޓަރީގެ ތެރެއިން ކަމަށް ވެސް ފުލުހުން ބުންޏެވެ. މިއީ މިމަހުގެ ތެރޭގައި ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މަރުވި ތިން ވަނަ ފަތުރުވެރިޔާ އެވެ. އެގޮތުން ޗެކްރިޕަބްލިކަށް ނިސްބަތްވާ އުމުރުން 84 އަހަރުގެ ފިރިހެނަކު އެ ރިސޯޓުގެ މޫސުގައި މަރުވެފައި އޮއްވާ މިމަހުގެ 19 ވަނަ ދުވަހު ފެނިފައިވެ އެވެ. މިމަހުގެ 16 ވަނަ ދުވަހު ޕެރަޑައިސް އައިލެންޑް ރިސޯޓުން ސްނޯކްލިންއަށް ދިޔަ ފަތުރުވެރިއަކު ވެސް ވަނީ މަރުވެފަ އެވެ. އެ ހާދިސާގައި މަރުވީ 66 އަހަރުގެ ކޮރެއާ އަންހެނެކެވެ. ޓޫރިސްޓުން މަރުވުމާއި އަލިފާނުގެ ހާދިސާތައް ހިނގާ މިންވަރު އިތުރުވެފައިވާތީ ޓޫރިސްޓު ޕްރޮޕަޓީތައް އިންސްޕެކްޓު ކުރަން ފެށުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.
ޕެރައިޑައިސް އައިލެންޑް ރިސޯޓުގައި އަނެއްކާ ވެސް ފަތުރުވެރިޔަކު މަރުވެއްޖެ
ޖޮއިންޓް ޕާލިމްންޓްރީ ގުރޫޕު ރޫޅާލަފާނެ ކަމަށް އެމްޑީޕީން ބުނުމުން ހައިރާން ނުވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. ގާސިމް އެހެން ވިދާޅުވީ މިއަދު އެމްޑީޕީގެ ޕީޖީ ގުރޫޕުން ނެރުނު ބަޔާނަކަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގަ އެވެ. އެމްޑީޕީ ޕީޖީ ގުރޫޕުން ބަޔާން ނެރުނުނީ ޖޭޕީގެ ޕީޖީގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް އަބްދުﷲ މަޖިލީހަށް ހުށަހެޅުއްވި އިސްލާހާ ގުޅިގެންނެވެ. އެ އިސްލާހު ހުށަހެޅީ ރައީސްކަން ކޮށްފައިވާ މީހަކަށް މަޖިލީހުގައި ވާދަ ނުކުރެވޭ ގޮތް ހެދުމަށެވެ. އެ އިސްލާހު ނެގުމާ ޖޭޕީން ބާރު އަޅައި ދިނުމަށް އެދި އެމްޑީޕީގެ ޕީޖީ ގުރޫޕުން ނެރުނު ބަޔާނަށް ރައްދު ދެއްވައި ގާޒިމް ވިދާޅުވީ ޖޮއިންޓް ޕީޖީ ރޫޅާލާފާނެ ކަމަށް އެމްޑީޕީން ބުނީމަ ހައިރާން ނުވާ ކަމަށެވެ. " ސުވާލަކީ މިހާރު އެބައޮތްހޭ؟ އިތުރަށް ރޫޅާލާކަށް. މަޖިލީހަށް ހުރިހާ ގޮނޑިއަކަށް ކުރިމަތިލުމަށް އެމްޑީޕީން ނިންމީމާ އެއްބަސްވުމާއި ވައުދާ އަހުދާއި ހިލާފުވީ ނޫންތޯ.؟" ގާސިމް ވަނީ ސުވާލު އުފައްދަވާފަ އެވެ. އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ޝަރުތުތައް ޤާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާއިރު، އެ ޝަރުތުތަކުން ބޭރުން އިތުރު ޝަރުތުތައް ކަނޑައެޅުމަށް ހުށަހަޅާ ހުށަހެޅުމަކީ ޤާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށެވެ. އަދި އެއީ ޖޮއިންޓް ޕާރލަމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ މެމްބަރަކު މަސައްކަތްކުރުމަށް އޮންނަ އެންމެހައި އުސޫލުތަކާ ވެސް ހިލާފު ކަމެއް ކަމަށް އެމްޑީޕީ ޕީޖީ ގުރޫޕުގެ ބަޔާނުގައި ބުނެފައިވެއެވެ. " ޤާނޫނުއަސާސީއާ ޚިލާފަށް ހުށަހަޅުއްވާފައިވާ އެ އިސްލާހު އަނބުރާ ނެންގެވުމަށް ގޮވާލާހިނދު، ޖުމްހޫރީ ޕާރޓީގެ ލީޑަރޝިޕުން އެކަމުގައި އިސް ދައުރެއް އަދާކުރައްވައި އެކަން ކަށަވަރުކޮށްދެއްވުމަށް ގޮވާލަން،" އެމްޑީޕީގެ ޕީޖީ ގުރޫޕުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ޖޮއިންޓް ޕީޖީ ރޫޅާލަން އެމްޑީޕީން ބުނީމަ ހައިރާނެއް ނުވޭ: ގާސިމް
މޯލްޑިވިއަންގެ ފްލައިޓުތައް ޝެޑިއުލާ އެއްގޮތަށް އޮންނާނެ ކަމަށް އެ އެއާލައިންއިން ބުނެފިއެވެ. މިރޭ އެ އެއާލައިން އިން ކުރި ޓުވީޓެއްގައި ބުނީ އެ އެއާލައިންގެ ފްލައިޓުތަކުގެ ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށާއި އަދި ބުރުލެއް ނާރާނެ ކަަމަށެވެ. ފްލައިޓުތަކުގެ ޝެޑިއުލްއަށް ބުރޫނާރޭނެ ކަމަށް އެ އެއާލައިންއިން ބުނިއިރު ގިނަ ޕައިލެޓުންތަކެއް މާދަމާ އިން ފެށިގެން ޑިއުޓީއަށް ނުނިކުންނަން ނިންމައިފައިވާ ކަމަށް ވަނީ ބުނެފައެވެ. ނަން ނުޖެހުމަށް ޝަރުތުކޮށް "ސަން"އާ ވާހަކަ ދެއްކި ޕައިލެޓަކު ބުނީ އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަރު އޮފް ޕައިލެޓް އޮޕަރޭޝަންގެ މަގާމުގައި ހުންނެވި މުހައްމަދު އަމީންއާ ގުޅޭ ގިނަ މައްސަލަތަކެއް މީގެ ކުރިން ހުށަހަޅާފައިވީ ނަމަވެސް، އެ މައްސަލަތަކަށް ހައްލެއް ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން އޭނާ އިސްތިއުފާ ދެއްވަންދެން ނުވަތަ މަގާމުން ވަކިކުރަންދެން މާދަމާ އިން ފެށިގެން ޑިއުޓީއަށް ނުނިކުމެ އިހްތިޖާޖު ކުރަން ނިންމާފައިވާ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ މިރޭ ވެސް އިހްތިޖާޖު ކުރިއަށްގެން ދިޔަ ކަމަށާއި އެކަމުގައި ބައިވެރިވަނީ ހަމައެކަނި ދިވެހި ޕައިލެޓުން ކަމަށެވެ. އެކަމުގެ ސަބަބުން މޯލްޑިވިއަންގެ ފްލައިޓު ޝެޑިއުލްތަކަށް ވެސް ބަދަލުތަކެއް ގެންނަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.
ފްލައިޓުތައް ޝެޑިއުލާ އެއްގޮތަށް އޮންނާނެ: މޯލްޑިވިއަން
ގްރައުންޑްބްރޭކިން ސުޕަހީރޯ ބްލޮކްބަސްޓާ ފިލްމު "ބްލެކްޕެންތާ" ސްކްރީން އެކްޓާސް ގިލްޑް އެވޯޑްސްގައިވެސް ވިދާލައިފިއެވެ. އޮސްކާ އަށްވެސް ނޯމިނެޓްވެފައިވާ ބްލެކްޕެންތާ އަކީ 2018 ވަނަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. އިއްޔެ ބޭސްވި 25 ވަނަ ސްލްރީން އެކްޓާސް ގިލްޑް އެވޯޑްސްގައި ބްލެކް ޕެންތާއަށް ވަނީ އައުޓް ސްޓޭންޑިން ޕާފޯމަންސް ބައި އަ ކާސްޓް އިން އަ މޯޝަން ޕިކްޗާ އެވޯޑް ލިބިފައެވެ. މީގެ އިތުރުންވެސް އައުޓްސްޓޭންޑިން އެކްޝަން ޕާފޯމަންސް ބައި އަ ސްޓަންޓް އެންސެމްބަލް އިން އަ މޯޝަން ޕިކްޗާ އެވޯޑުވެސް ބްލެކްޕެންތާ އިން ވަނީ އުފުލާލައިފައެވެ. ބްލެކްޕެންތާގެ ކާސްޓު --- ފޮޓޯ: ރޮއިޓާސް ބްލެކްޕެންތާގެ ލީޑުން ފެންނަ ޗެޑްވިކް ބޯސްމޭން ބުނެފައިވަނީ ޒުވާން ޓީމަކާއެކު ފިލްމުން ބޮޑު ކާމިޔާބެއް ހޯދައިފި ކަމަށެވެ. ހާއްސަކޮށް ކަޅު ނަސްލުގެ ކާސްޓެއް ފެންނަ ފިލްމަކުން މިފަދަ ބޮޑު ކާމިޔާބީއެއް އެވޯޑު ހަފްލާތަކުގައި ހޯދަމުންދާތީ އޭނާ ވަނީ އެކަން ފާހަގަކޮށް ކާސްޓުންގެ ހިތްވަރަށް ސާބަސް ދީފައެވެ. ބްލެކްޕެންތާގެ އިތުރުން "އަ ސްޓާ އިޒް ބޯން" އަދި "ބޮހޭމިއަން ރެޕްސޮޑީ" ވެސް ވަނީ އެވޯޑް ހަފްލާގައި ވިދާލައިފައެވެ.
ސްކްރީން އެކްޓާސް ގިލްޑް އެވޯޑްސްގައިވެސް ބްލެކްޕެންތާ ވިދާލައިފި
ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މައްޗަންގޮޅި މެދު ދާއިރާރެ ޓިކެޓް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފި އެވެ. ނަޝީދު އެ ދާއިރާގެ ޓިކެޓް ކާމިޔާބު ކުރައްވާފައިވަނީ އާޝިޔަތު އަލައިކާ އަދުނާނާ ވާދަކޮށް 267 ވޯޓު ހޯއްދަވައިގެންނެވެ. އަލައިކާއަށް ލިބިފައިވަނީ 52 ވޯޓެވެ. ނަޝީދު ވަނީ އެމްޑީޕީ ޕްރައިމެރީގައި އެމަނިކުފާނު މަޖިލީހުގައި އިންނަވާނެ ކަމަށް ވިދާޅުވެ ޔަގީންކަން ދެއްވާފަ އެވެ. ނަޝީދު މީގެ ކުރިންވެސް މަޖިލީހުގެ މެމްބަރުކަން ކުރައްވާފަ އެވެ. މަޖިލިސް އިންތިހާބުގައި ނަޝީދާ ވާދަކުރައްވާ ބޭފުޅުން އަދި މުޅިން ކަށަވަރެއް ނުވެ އެވެ. މަޖިލިސް އިންތިހާބު އޮނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އޭޕްރީލް ހައެކެވެ.
މައްޗަންގޮޅި މެދު ދާއިރާގެ އެމްޑީޕީ ޓިކެޓް ރައީސް ނަޝީދު ކާމިޔާބު ކުރައްވައިފި
ރާއްޖޭގެ ލީޑިން ކޮލެޖެއް ކަމަށްވާ އެވިޑް ކޮލެޖުގެ އާ ވައިސް ރެކްޓާއަކަަށް ޑރ. އިބްރާހިމް ލަތީފް ހަމަޖައްސައިފިއެވެ. އެވިޑް ކޮލެޖުގެ ސީނިއާ ބައެއް މަގާމުތަކަށް ބޭފުޅުން އައްޔަނުކުރުމަށް މިރޭ އެކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ ވައިސް ރެކްޓާ ކަމުގެ މަގާމުގެ ލިޔުން ޑރ. އިބްރާހިމްއާ ހަވާލުކޮށްފައެވެ. ޑރ. އިބްރާހިމް ވަނީ އެޑިއުކޭޝަންގެ ދާއިރާއިން ޕީއެޗްޑީވެސް ހާސިލްކުރައްވައިފައެވެ. އަދި އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް މޮނާޝްގައިވެސް އޭނާ ވަނީ 15 އަހަރު ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތްކުރައްވައިފައެވެ. އެވިޑުން ވަނީ އެ ކޮލެޖު ޔުނިވާސިޓީގެ ސްޓޭންޑަޑަށް ގެންދިއުމުގެ ގޮތުން އެ ކޮލެޖުގެ ހިއުމަން ރިސޯސާސް އަދި ސްޓޫޑަންޓް ސާވިސާސްވެސް ދެ ޑިޕާޓްމަންޓްއެއްގެ ގޮތުގައި މިހާރު ކަނޑައަޅައިފައެވެ. އަދި ކިޔަވައިދިނުމުގެ ވަކި ސްޓޭންޑެޑެއް ކަނޑައަޅައި އެކަން ވަރަށް އަވަހަށް ތަންފީޒް ކުރާނެކަމަށްވެސް އެ ކޮލެޖުން ބުންޏެވެ. އެވިޑުން ބުނީ އެ ކޮލެޖުން އަރަބި ބަހާއި އަދި ޝަރީއާ އެންޑް ލޯ ވެސް ކިޔަވައިދިނުމަށް މިހާރު ތައްުޔާރުވަމުންދާ ކަމަށެވެ.
އެވިޑް ކޮލެޖުގެ ވައިސް ރެކްޓާއަކަށް ޑރ. އިބްރާހިމް ލަތީފް
ޜޭ ސްޕެނިޝް ލީގުގައި އެސްޕަންޔޯލް ކައިރިން ރެއާލް މޮޅުވި އިރު ވާދަވެރި ބާސެލޯނާ ، ޖިރޯނާގެ މައްޗަށް ކުރި ހޯދާ ތާވަލުގެ އެއް ވަނައިގަ ހަމަ ޖެހިލައިފިއެވެ. ބާސެލޯނާ ރޭ ކުޅުނު މެޗުން މޮޅުވެ އެ ޓީމުން ވަނީ ތާވަލުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ގާއިމް ކޮށްފައެވެ. ޖިރޯނާގެ ދަނޑުގައި ކުޅުނު އެ މެޗު ވެގެން ދިޔައީ ބާސެލޯނާއަށް އުނދަގޫ މެޗަކަށެވެ. ނަމަވެސް މެސީގެ އެނބުރި އައުމަކާ އެކު ބާސެލޯނާއަށް ތަފާތު ދައްކައިދީ އެ މެޗުން ތިން ޕޮއިންޓް ޔަގީން ކޮށްދިނެވެ. ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ -- ފޮޓޯ / ޑޮމް ފެރަލް މެޗު ގެ ނުވަވަނަ މިނެޓުގައި ޕޯޗުގަލް ގެ ޑިފެންޑަރު ނެލްސަން ސަމޭޑޯ ވަނީ ބާސެލޯނާއަށް ގޯލެއް ޖަހައިދީ ލީޑު ނަގާފައެވެ. ނަމަވެސް މި ގޯލަށް ފަހު ޖިރޯނާގެ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާ ތަކެއް އުފެއްދިއެވެ. އެގޮތުން ޖިރޯނާގެ ފޯވާޑު ކުރިސްއަން ސުޓުއާނީއަށް ގޯލު ޖަހަން މުޅިން ހުސް ދެ ފުރުސަތެއް ލިބުނެވެ. ނަމަވެސް ބާސެލޯނާގެ ކީޕަރު މާކް އަންޑާރ ސްޓެގަން ގެ ހުޝިޔާރު ކަމުން ބާސެލޯނާގެ ގޯލު ހުރީ "ތަޅު އަޅުވާފަ" އެވެ. މެޗުގެ ދެވަނަ ހާފުގައި ވެސް ޖިރޯނާއިން ދެއްކީ ކުޅުމުގެ ޕޮސެސަން އަށް ބަލާއިރު ބާސެލޯނާއަށް ވުރެން މޮޅު ކުޅުމެކެވެ. ނަމަވެސް އެ ޓީމުގެ ބާނާޑޯ އެސްޕިނޯސާއަށް ދެއްކި ރަތް ކާޑާ އެކު ޓީމުގެ ކުޅުމަށް ބަދަލު ގެންނަން ޖެހުނެވެ. ކުޅުންތެރިންތެރިއަކު މަދުކޮށް ނަމަވެސް ހިތްވަރާ އެކު ކުޅެމުން ދިޔަ ޖިރޯނާގެ އުންމީދުތައް ފުނޑު ކޮަށްލީ މެޗުގެ 68 ވަނަ މިނަޓުގައި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ޖެހި ގޯލާއެކުއެވެ. ޖޯޑީ އަލްބާ ގެ ޕާސް އަކުން މެސީ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ ކީޕަރު ބޯ މަތިން ޗިޕެއް ޖަހާފައެވެ. މެސީ ވަނީ ސްޕެނިޝް ލީގުގެ އެންމެ ފަހުން ކުޅުން ހަތް މެޗުގައި ވެސް ގޯލް ޖަހާފައެވެ. އަދި އޭނާ އަކީ މިވަގުތު ސްޕެނިޝް ލީގުގެ އިތުރުން ޔޫރަޕުގެ ގަދަ ފަސް ލީގުގެ ވެސް ޓޮޕް ސުކޯރާއެވެ. މީގެ އިތުރުން ރޭ ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑް އާއި އެސްޕަންޔޯލް ބައްދަލު ކުރި މެޗު 2-4 ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ ރެއާލް މެޑްރިޑްއެވެ. އެ މޮޅާ އެކު ރެއާލުން ތާވަލުގެ ތިން ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ވަނީ ނަގާފައެވެ. ލީގުގެ ކުރީ ކޮޅުގައި ގިނަ މެޗުތަކުން ބަލިވެ ތާވަލުގެ ފަހަތަށް ޖެހުނު ނަމަވެސް މިހާރު ރެއާލް މެޑްރިޑް އޮތީ ރަނގަޅު ފޯމެއްގައެވެ. ފަހަކަށް އައިސް ކުޅުނު ހުރިހާ މެޗަކުން ކަހަލަ ގޮތަކަށް ރެއާލް އަންނަނީ މޮޅު ވަމުންނެވެ. މެޗުގެ ފުރަތަމަ ހަތަރުވަނަ މިނެޓުގައި ރެއާލުން ވަނީ ލީޑު ނަގާފައެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ ވޭތުވެ ދިޔަ ދެ، ތިން ސީޒަނުގައި މަދުން ގޯލު ޖަހާފައިވާތީ ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒު ވެފައިވާ ކަރިމް ބެންޒީމާއެވެ. ބެންޒީމާ ވަނީ ރޭގެ މެޗުގައި އިތުރު ގޯލެއް ޖަހައިދީފައެވެ. ރެއާލް މެޑްރިޑް ގޯލު ޖެހުމަށް ފަހު އުފާ ފާލުކުރުމުގެ ތެރެއިން -- ފޮޓޯ / ޑޮމް ފެރަލް ފުރަތަމަ ގޯލަށް ފަހު އެސްޕަންޔޯލަށް ހިންދަމާ ނުލެވި އުޅެނިކޮށް ރެއާލް ގެ ކެޕްޓަން ސާޖިއޯ ރަމޯސް ވަނީ ގޯލެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. ނަމަވެސް އޭނަ ވަނީ ރޭގެ މެޗުގައި އަނިޔާވެ ބަދަލު ކޮށްފައެވެ. އެސްޕަންޔޯލް އިން ފުރަތަމަ ހާފު ނިމުމުގެ ކުރިން ގޯލެއްް ޖަހައި މޮޅުވުމުގެ އުންމީދު ކުރި ނަމަވެސް ދެވަނަ ހާފުގައި ރެއާލުން ވަނީ އިތުރު ދެ ގޯލު ޖަހާފައެވެ. މެޗުގެ 72 ވަނަ މިނަޓުގައި ރެއާލް ގެ ޑިފެންޑަރު ރަފައެލް ވެރޭން އަށް ވަނީ ރަތް ކާޑު ދައްކާފައެވެ. މި އާއި އެކު ރެއާލްގެ ޑިފެންސަށް ވަރަށް ބާރުބޮޑުވިއެވެ. އަދި މެޗު ނިމުމުގެ ކުރިން އެސްޕަންޔޯލުން ވަނީ ގޯލެއް ޖަހާފައެވެ. ބާސެލޯނާ އަދި ރެއާލް މެޑްރިޑުގެ ދެން އޮތް އަމާޒަކީ މިހަފްތާގައި ކުޅޭ ކޮޕަޑެލްރޭގެ ދެ ވަނަ ލެގު ކާމިޔާބުކޮށް އެ މުބާރާތުގެ ސެމީއަށް ދަތުރު ކުރުމެވެ.
ބާސާ އެއްވަނައިގައި ހަމަ ޖެހިލި އިރު ރެއާލަށް ވެސް މޮޅެއް
ތިން މީހުންނާއެކު ގދ ތިނަދޫއިން ފުރައިގެން މާލެ ދަތުރުކުރި "ފްރެޝް" ނަމަކަށް ކިޔާ ދޯންޏެއް ޚަބަރެއް ނުވެގެން ހޯދަން ފަށައިފިއެވެ. އެމްއެންޑީއެފްއިން ބުނީ ދޯނީގެ ހަބަރެއްނުވެގެން ރިޕޯޓްކޮށްފައިވަނީ މިއަދު 18:45 ހާއިރުކަމަށާއި ދޯންޏާ އެންމެ ފަހުން ގުޅިފައިވަނީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. އެމްއެންޑީއެފްއިން ބުނީ "ފްރެޝް" ދޯނީގެ ދިގުމިނުގައި 17 މީޓަރު ހުންނަ ކަމަށެވެ. އަދި ދޯނީގެ ބޭރުގައި ގަދަނޫ ކުލައިގެ ދަވާދު ލާފައިވާ އަދި ހުދު ކުލައިގެ ގެގަނޑެއް ލާފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ. ދޯންޏާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުން އެމްއެންޑީއެފްއިން އެދެއެވެ.
"ފްރެޝް" ނަމަކަށް ކިޔާ ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި
އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭގޮތުން އަދާލަތު ޕާޓީ އާއި އެމްޑީޕީން މަޝްވަރާކޮށްފިއެވެ. މިރޭ އެމްޑީޕީ އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އާއި ޗެއާޕާސަން ހަސަން ލަތީފާއި ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ބައިވެރިވެވަޑައިގަތެވެ. މީގެއިތުރުން ޖެންޑާ މިނިސްޓަރު ޝިތާދާ ޝަރީފާއި ކޮމިޝަނަރ އޮފް ކަސްޓަމްސް އަހްމަދު ނުއުމާނާއި ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވެސް ބައިވެރިވެވަޑައިގަތެވެ. އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީން މަޖިލިސް އިންތިޚާބުގައި ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ކުރިން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީން ވަނީ ބުނެފައެވެ. ނަމަވެސް ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި ޗެއާޕާސަން ހަސަން ލަތީފް ސޮއިކުރައްވާފައިވާ އެ ލިޔުމަކީ އެއީ އެއްބަސްވުމެއް ނޫން ކަމަށް އެމްޑީޕީން ބުނެފައެވެ. މަޖިލިސް އިންތިޚާބުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތައް ވާދަކުރަނީ ވަކިވަކިންނެވެ. އެންމެ ދާއިރާއެއް ފިޔަވައި މަޖިލީހުގެ ހުރިހާ ދާއިރާތަކަށް ވާދަކުރާނެ ކެންޑިޑޭޓުން އެމްޑީޕީން ވަނީ އިއުލާންކޮށްފައެވެ.
މަޖިލިސް އިންތިޚާބާ ގުޅޭގޮތުން އަދާލަތު ޕާޓީ އާއި އެމްޑީޕީން މަޝްވަރާކޮށްފި
އަޔެކްސްގެ ޒުވާން މިޑްފީލްޑަރު ފްރެންކީ ޑި ޔޮންގ މެންޗެސްޓަރ ސިޓީއަށް ގެންދެވޭތޯ އެޓީމުގެ ކޯޗު ޕެޕް ގާޑިއޮލާ މަސައްކަތްކުރި ގޮތާ މެދު ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފިއެވެ. އުމުރުން 21 އަހަރުގެ ޑަޗް މިޑްފީލްޑަރުގެ ޓްރާންސްފަރ ކަންތަކުގައި ބާސާއާއި އަޔެކްސް ވަނީ، މިދިޔަ ހަފްތާގައި އެއްބަސްވުމަކަށް އައިސްފައެވެ. އެގޮތުން 74.5 މިލިއަން ޕައުންޑުގެ ފީއަކަށް، އަންނަ ޖުލައިމަހު ޑި ޔޮންގ ބާސާއަށް ބަދަލުވުމަށް ވަނީ އެއްބަސްވެފައެވެ. ޑިޔޮންގ ބާސާއަށް ބަދަލުވުމަށް އެއްބަސްވީ، މެންޗެސްޓަރ ސިޓީގެ އިތުރުން ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއިން ވެސް އޭނާއަށް ފާރަލަމުން ދަނިކޮށެވެ. ބާސާގެ ކުރީގެ ކޯޗު ގާޑިއޮލާއާ މެދު އެޓީމުގެ މިހާރުގެ ކޯޗު ވަލްވާޑޭ ހިތްހަމަ ނުޖެހުނީ، ޑި ޔޮންގ ބާސާއަށް ގެނައުމަށް ހުރިހާ ކަމެއް ނިމިފައި ވަނިކޮށް، ސީދާ ގާޑިއޮލާ އެ ކުޅުންތެރިޔާއަށް ގުޅައިގެން ޓްރާންސްފަރ ވާހަކަ ދެއްކުމުންނެވެ. ވަލްވާޑޭ ބުނީ، އެހެން ކްލަބެއްގެ ކޮންޓްރެކްޓްގައި ހުރި ކުޅުންތެރިއަކަށް އެގޮތަށް ގުޅާފައި ވާހަކަ ދެއްކުމަކީ "ކޯޑް އޮފް ކޮންޑަކްޓް"އާ ޚިލާފުކަމެއް ކަމަށެވެ. ނަމަވެސް އެކި މީހުންގެ ހުންނަނީ އެކި ސިފަ ކަމަށާއި، އެކި މީހުން މިފަދަ ކަންތަކުގައި ގެންގުޅޭ ހަމަތައްވެސް ތަފާތު ކަމަށް ބާސާގެ ކޯޗު ބުންޏެވެ. މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފަރއިން ފެށިގެން ގާޑިއޮލާ ދަނީ ރަނގަޅު މިޑްފީލްޑަރަކު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އޭރު އޭނާ ފާރަލަމުން ދިޔަ އިޓަލީ މިޑްފީލްޑަރ ޖޯޖީނޯ ވަނީ ސިޓީއަށް ނޫނެކޭ ބުނެ، ޗެލްސީއާ ގުޅިފައެވެ.
ވަލްވާޑޭގެ ބަހުގެ ހަމަލާއެއް ގާޑިއޮލާއަށް!
ހަނޯއި (ޖަނަވަރީ 18) : އުތުރުކޮރެޔާގެ ޒައީމް ކިމް ޖޮންގް އުންއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ދެވަނަ ސަމިޓް ބޭއްވުމުގެ ހުރިހާ ކަމެއް ފުރިހަމަކޮށްދޭން ތައްޔާރަށް އޮތްކަމަށް ވިއެޓްނާމުން ބުނެފިއެވެ. ވިއެޓްނާމުގެ ބޮޑުވަޒީރު ނޮގްވީން ޚުވާން ބޯކް ވިދާޅުވީ ކިމް އާއި ޓްރަމްޕްގެ ސަމިޓް ހޮސްޓް ކުރުމަށް ވިއެޓްނާމް ތައްޔާރަށް އޮތްކަމާއި އެކަން އެދެގައުމާ ހިއްސާކޮށްފައިވާނެ ކަމުގައެވެ. އުތުރުކޮރެޔާގެ ނިއުކްލިޔަރ މައްސަލައާބެހޭގޮތުން މަޝްވަރާކުރުމަށްޓަކައި އިތުރު ސަމިޓެއް ބޭއްވުމަށް ޝައުގުވެރިވެ ވަޑައިގަންނަވާކަމަށް ކިމް އާއި ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އެދެބޭފުޅުންގެ ފުރަތަމަ ސަމިޓް ބާއްވާފައިވަނީ ސިންގަޕޫރުގައި މިދިޔަ ޖޫންމަހުގައެވެ. އުތުރުކޮރެޔާގެ ނިއުކްލިޔަރ މައްސަލާގައި އެމެރިކާގެ މަސްއޫލުވެރިންނާ މަޝްވަރާ ކުރެއްވުމަށްޓަކައި އުތުރުކޮރެޔާގެ އިސްވެރިއެއް ކަމަށްވާ ކިމް ޔޮންގް ޝޯލް ބުރާސްފަތ ދުވަހުވަނީ ވޮޝިންޓަނަށް ވަޑައިގެންފައެވެ. ޝޯލް އަކީ އުތުރުކޮރެޔާގެ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާގެ އިތުރުން އޭނާއަކީ އުތުރުކޮރެޔާގެ ޒައީމް ކިމް ޖޮންގް އުންގެ އިތުބާރު ލިބިފައިވާ އަދި ކިމްގެ އަރިސް ބޭފުޅެކެވެ. ޝޯލްވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އާ މިއަދު ބައްދަލުކުރައްވާފައެވެ. އޭނާ އެމެރިކާގެ މަސްއޫލުވެރިންނާ މަޝްވަރާ ކުރައްވަނީ ކިމް އާ ޓްރަމްޕްގެ ސަމިޓަށް ތައްޔާރުވުމާބެހޭ ގޮތުންކަމަށް ރިޕޯޓްތައް ބުނިނަމަވެސް އެމެރިކާއާއި އުތުރުކޮރެޔާއިން މިކަން ހާމަކޮށްފައެއް ނުވެއެވެ. ކިމް ވަނީ ޓްރަމްޕާއެކު ބޭއްވި ފުރަތަމަ ސަމިޓްގައި ހައްލުނުކުރެވުނު ކަންކަން ދެވަނަ ސަމިޓްގައި ހައްލުކުރެވޭނެ ކަމުގެ އުންމީދު އޮތްކަމަށް ވިދާޅުވެ އޭނާ ދާދިދަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅެއްގައި ބަޔާނެއް ދެއްވާފައެވެ. އެމެރިކާއާއި އުތުރުކޮރެޔާ ފަށާފައިވާ އުތުރުކޮރެޔާގެ ނިއުކްލިޔަރ ވާހަކަތަކަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ ނިއުކްލިޔަރ ހަތިޔާރު ނައްތާލުމަށް އުތުރުކޮރެޔާއިން އެއްބަސްވެ ބައެއް ދޫތައް ދިންނަމަވެސް އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ކުޑަވެސް ލުއެއްދިނުމަށް އެމެރިކާ ދެކޮޅުހަދާ މައްސަލައެވެ. މިމައްސަލާގައި އުތުރުކޮރެޔާގެ ޒައީމްވަނީ އެގއުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދޭން އެމެރިކާ ދެކޮޅު ހަދާނަމަ ނިއުކްލިޔަރ ހަތިޔާރު ނައްތާލުމުގެ މައްސަލާގައި އެގައުމުން ގެންގުޅޭ ދޫދިނުމުގެ ސިޔާސަތު ބަދަލުކުރަންޖެހިދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އަދި އުތުރުކޮރެޔާގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން މަސައްކަތް ނުކުރާނެކަމާ އަދި އެގައުމަށް އިސްވެ ހަމަލާ ނުދޭނެ ކަމުގެ ގެރެންޓީ އެމެރިކާގެ ފަރާތުން ނުލިބެނީސް ނިއުކްލިޔަރ ހަތިޔާރާއި ބަލިސްޓިކް މިސައިލްތައް ނައްތާލުމުގެ އަމަލީ މަސައްކަތް ނުފަށާނެ ކަމަށްވެސް އުތުރުކޮރެޔާގެ ޒައީމްވަނީ ވިދާޅުވެފައެވެ. (ރޮއިޓާސް)
ކިމް އާއި ޓްރަމްޕްގެ ސަމިޓް ހޮސްޓްކުރަން ތައްޔާރަށް އޮތްކަމަށް ވިއެޓްނާމުން ބުނެފި
ގައުމީ އެއާލައިންސް މޯލްޑިވިއަންގެ ގިނަ ޕައިލެޓުންތަކެއް މާދަމާ އިން ފެށިގެން ޑިއުޓީއަށް ނުނިކުންނަން ނިންމައިފި އެވެ. ނަން ނުޖެހުމަށް ޝަރުތުކޮށް "ސަން"އާ ވާހަކަ ދެއްކި ޕައިލެޓަކު ބުނީ އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަރު އޮފް ޕައިލެޓް އޮޕަރޭޝަންގެ މަގާމުގައި ހުންނެވި މުހައްމަދު އަމީންއާ ގުޅޭ ގިނަ މައްސަލަތަކެއް މީގެ ކުރިން ހުށަހަޅާފައިވީ ނަމަވެސް، އެ މައްސަލަތަކަށް ހައްލެއް ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން އޭނާ އިސްތިއުފާ ދެއްވަންދެން ނުވަތަ މަގާމުން ވަކިކުރަންދެން މާދަމާ އިން ފެށިގެން ޑިއުޓީއަށް ނުނިކުމެ އިހްތިޖާޖު ކުރަން ނިންމާފައިވާ ކަމަށް އޭނާ ބުންޏެވެ. "ވަރަށް ސާފުކޮށް އަޅުގަނޑުމެން ދަންނަވަމުން މިގެންދަނީ ޑިރެކްޓަރު އޮފް ޕައިލެޓް އޮޕަރޭޝަން މުހައްމަދު އަމީން އިސްތިއުފާ ދެއްވާށޭ. އެހެންނޫނީ މިކަމެއް ނުހުއްޓޭނެ. ވަރަށް ހަޑިހުތުރު ބަހުން މުވައްޒަފުންނާ މެދު އޭނާ ވާހަކަ ދައްކަނީ. ވަރަށް ބޮޑަށް މުވައްޒަފުންނާ މެދު ތަފާތުކުރުންތައް އަމީން ގެންގުޅޭ،" "ސަން"އާ ވާހަކަ ދެއްކި ޕައިލެޓް ކިޔައިދިނެވެ. އޭނާ ބުނީ މިރޭ ވެސް އިހްތިޖާޖު ކުރިއަށްގެން ދިޔަ ކަމަށާއި އެކަމުގައި ބައިވެރިވަނީ ހަމައެކަނި ދިވެހި ޕައިލެޓުން ކަމަށެވެ. އެކަމުގެ ސަބަބުން މޯލްޑިވިއަންގެ ފްލައިޓު ޝެޑިއުލްތަކަށް ވެސް ބަދަލުތަކެއް ގެންނަމުން އަންނަ ކަމަށް އޭނާ ބުންޏެވެ. މިކަމާ ގުޅޭ ގޮތުން މޯލްޑިވިއަން ހިންގާ، އައިލެންޑް އޭވިއޭޝަންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.
މާދަމާ ޑިއުޓީއަށް ނުނިކުންނަން މޯލްޑިވިއަންގެ ގިނަ ޕައިލެޓުންތަކެއް ނިންމައިފި
ބ. ދަރަވަންދޫ އެއާޕޯޓު ރަންވޭއާ ދިމާ ހުޅަނގުފަރާތު ވަލުތެރޭ ރޯވި އަލިފާންގަނޑެއް ފުލުހުންނާއި އެރަށު ކައުންސިލް އަދި އެރަށު ފުލުހުން ގުޅިގެން ނިއްވާލައިފިއެވެ. ފުލުހުން ބުނީ ދަރަވަންދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން މިއަދު 18:10 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަލިފާން ގަނޑު ނިއްވާލުމުގައި ރަށު ކައުންސިލާއި އެރަށު ޕޮލިސް ޑެސްކުން ހަރަކާތްތެރިވެފައިވާ ކަމަށާއި އަލިފާން ނިއްވުމަށް އެއާޕޯޓުގެ ފަޔާ ލޮރީ ބޭނުންކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. ގާތްގަނޑަކަށް 3000 އަކަފޫޓުގެ ސަރަހައްދެއްގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާއިރު މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭކަމަށް ފުލުހުން ބުނެއެވެ.
ދަރަވަންދޫ އެއާޕޯޓާ ދިމާ ވަލުތެރޭ ރޯވި އަލިފާންގަނޑު ނިއްވާލައިފި
ރިޔާޟު (ޖެނުއަރީ 28): ސައުދީ އަރަބިއާއިން 2017 ވަނަ އަހަރު ކޮރަޕްޝަނާ ދެކޮޅަށް ކުރިއަށް ގެންދިޔަ ކެމްޕެއިނުގައި ހައްޔަރު ކުރި ބިލިއަނަރު މުހައްމަދު އަލް އަމޫދީ ދޫކޮށްލައިފި އެވެ. ސައުދީ އަރަބިއާގެ ދެވަނައަށް އެންމެ މުއްސަނދި މީހާ ކަމަށް ރިކޯޑްކުރެވިފައިވާ އަލް އަމޫދީގެ އާއިލާއިން ވަނީ އޭނާ މިހާރު ޖިއްދާގައި ހުންނަ އޭނާގެ ގެޔަށް ގޮސްފައިވާ ކަމަށް ބުނެފަ އެވެ. އަދި އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދުވެސް ވަނީ އަލް އަމޫދީ ދޫކޮށްލައިފި ކަމަށް ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވިކަން ހާމަ ކުރައްވާފަ އެވެ. އަލް އަމޫދީއަކީ ސައުދީ އަރަބިއާ އާއި އިތިއޯޕިއާގެ ރަށްވެއްސެކެވެ. އޭނާ ހައްޔަރުކޮށްފައި ބެހެއްޓީ، ނޮވެމްބަރު 2017އިގައި ކޮރަޕްޝަނުގެ ތުހުމަތުގައި ހައްޔަރު ކުރި ގިނަ އަދަދެއްގެ އަމީރުންނާއި ވިޔަފާރީވެރިންނާ އެކު ރިޓްޒް ކާލްޓަން ހޮޓެލްގަ އެވެ. އަލް އަމޫދީ، މަޝްހޫރު ނަމުން ނަމަ "ޝައިހް" އަކީ ސައުދީގެ އިތުރުން އިތިއޯޕިއާގެ އިގްތިސާދުގައި ވެސް ބޮޑު ރޯލެއް އަދާކުރާާ މީހެކެވެ. އެގޮތުން އިތިއޯޕިއާގެ ދަނޑުވެރިކަމާއި އެސްޓްރޮލޮޖީ އަދި ހޮޓެލް އިންޑަސްޓްރީގައި ވެސް ޝައިހްގެ ވިޔަފާރީގެ ހިއްސާ ބޮޑެވެ. އިތިއޯޕިއާގައި ޝައިހް އިންވެސްޓްކޮށްފައި ވަނީ ކިހާ ފައިސާއެއްކަމެއް ބުނަން ވެސް ނޭނގޭ ކަމަށް ހަބަރުތައް ބުނެ އެވެ. މަދުވެގެން 3.4 ބިލިއަން ޑޮލަރު އިތިއޯޕިއާގެ އިގްތިސާދަށް އޭނާ އިންވެސްޓްކޮށްފައިވާނެ ކަމަށާއި އެއީ އެ ގައުމުގެ ޖީޑީޕީގެ 4.7 ޕަސެންޓް ކަމަށް ވެސް ހަބަރުތައް ބުނެ އެވެ. މިދިޔަ އަހަރު ފޯބްސް އިން ނެރުނު މުއްސަނދިންގެ ލިސްޓުގައިވާ ގޮތުން އަލް އަމޫދީގެ މިލްކިއްޔާތު 10.9 ބިލިއަން ޑޮލަރަށް އަރަ އެވެ. ނަމަވެސް މިމަހު ފޯބްސްގެ ލިސްޓުގައިވާ ގޮތުން އަލް އަމޫދީގެ މިލްކިއްޔާތުގައި ހުރި ކަމަށް ލަފާ ކުރެވެނީ 1.2 ބިލިއަން ޑޮލަރެވެ. ކޮރަޕްޝަނާ ދެކޮޅަށް ސައުދީ ވަލީއަހުދު ފެއްޓެވި މަސައްކަތްތަކުގެ ދަށުން ހައްޔަރު ކުރި 200 އަށް ވުރެ ގިނަ މީހުން ދޫކޮށްލީ ސަރުކާރަށް ފައިސާ ދެއްކުމުންނެވެ. އެގޮތުން ހައްޔަރުކޮށް ދޫކޮށްލާފައިވާ މީހުންގެ ތެރޭގައި ސައުދީ ބިލިއަނަރު ޕްރިންސް އަލް ވަލީދު ބިން ތަލާލް އާއި ޕްރިންސް މުތައިބް ބިން އަބްދުﷲ ހިމެނެ އެވެ. ޕްރިންސް މުތައިބް ދޫކޮށްލީ އެއް ބިލިއަން ޑޮލަރު ދެއްކުމުން ކަމަށް ބައެއް ރިޕޯޓުތަކުގައިވެއެވެ.
ސައުދީ ބިލިއަނަރު މުހައްމަދު އަލް އަމޫދީ އެއް އަހަރު ފަހުން ދޫކޮށްލައިފި
ބިޑްކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލެއް ކަނޑައަޅައި އާންމުކޮށްފިއެވެ. ރައީސް އޮފީހުން ވަނީ މި އުސޫލު ސަރުކާރުގެ ގެޒެޓުގައި މިއަދު އާންމުކޮށްފައެވެ. ރައީސް އޮފީހުން ބުނީ ބިޑް ކުރުމުގެ ދައުވަތަކާ ނުލައި ހުށަހަޅާ ޕްރޮޕޯޒަލް ތަކަކީ އަމިއްލަ ފަރާތްތަކުގެ އިސްނެގުމާއެކު، ރައްޔިތުންގެ ތެރޭގައި އުފެދިފައިވާ ބޭނުމެއް ދެނެގަނެ އެކަމަކަށް ރިއާޔަތްކޮށް ޕްރޮޕޯޒަލްތައް ހުށަހެޅުމަށް ފަހިކޮށްދެވޭ ނިޒާމެެއް ކަމަށެވެ. ރައްޔިތުން ސަރުކާރާއި މަތިކޮށްފައިވާ ޒިންމާ އާއި ސަރުކާރުން ވައުދު ވެފައިވާ ތަރައްޤީގެ ލަނދުދަނޑިތަކަށް ވާސިލުވުމަށް އެހީތެރިކަން ފޯރުކޮށްދޭ މަޝްރޫއުތަކެއް ކަމުގައިވާނަމަ، އެފަދަ ޕްރޮޕޯޒަލްތައް ބަލައިގަތުމުގައި ކުރިއަށްދާނެ ގޮތްތައް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ. ޕްރޮޕޯޒަލްތައް އެސެސްކުރުން ތިން މަރުޙަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ޕްރޮޕޯޒަލްތައް ހުށަހަޅަން ޖެހެނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށެވެ. ޕްރޮޕޯޒަލްތައް އެސެސްކުރުމުގެ ފުރަތަމަ މަރުހަލާގައި އުސޫލުގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ޕްރޮޕޯޒަލް ފެތޭތޯ ބަލައި، ސްޓްރަޓީޖިކް އެސެސްމަންޓް ހެދުމަށްފަހު، އެ ހުށަހެޅުމަކީ ސީދާ މަޝްވަރާއަކަށް ދިއުމަށް އެންމެ އެކަށީގެންވާ ހުށަހެޅުމެއްތޯ ބެލޭނެއެވެ. މިއުސޫލުގެ ދަށުން ސަރުކާރަށް ހުށަހަޅާ ޕްރޮޕޯޒަލްތައް ރިވިއުކޮށް ބަލަހައްޓާނީ ދެފުށްފެންނަ، ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަ އުސޫލަކުން ޢަމަލުކުރަމުން ގެންދެވޭނެ ފަދަ ނިޒާމެއް ބައްޓަންކޮށްގެންކަމަށް ރައީސް އޮފީހުން ބުންޏެވެ. މިއުސޫލުގެ ދަށުން ފިކުރީ މިލްކުވެރިކަމުގެ ހައްގުތައް ހިފެހެއްޓޭނެ މިންގަނޑުތަކެއްގެ މައްޗަށް ބަރޯސާވެ، އަމިއްލަ ވިޔަފާރިތަކަށް ރަނގަޅު އީޖާދީ ހިޔާލުތައް ސަރުކާރަށް ހުށަހެޅުމަށް ހިތްވަރުދީ އަޅާކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ. އުސޫލުގެ މައިގަނޑު މަގްސަދަކީ އަމިއްލަ ފަރާތްތަކުން، ރައްޔިތުންގެ ލާބަ އާއި މަންފާއަށް ހިންގުމަށް ބޭނުންވާ މަޝްރޫއުތަކަށް ފުރުސަތު ދީ، އީޖާދީ ތަނަވަސް ހިޔާލަށް މަގުފަހިކޮށް، އަމިއްލަ ފަރާތްތަކުގެ ޝާމިލުވުމާއެކު ސަރުކާރުގެ ތަރައްގީގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް މަސައްކަތްކުރުމަށް މަގުފަހިކުރުން ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. މި އުސޫލަށް އަމަލު ކުރަން ފަށަން ނިންމާފައިވަނީ އުސޫލު ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ބިޑްނުކޮށް ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅޭނެ އުސޫލެއް އެކުލަވާލައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ ކެމްޕައިން ނިންމުމަށް އަތޮޅުތަކުން ގެނައި މީހުންގެ އެއާ ޓިކެޓަށް މޯލްޑިވިއަން އަށް ދައްކަން ހުރި 3.8 މިލިއަން ރުފިޔާ، 15 ދުވަހުގެ ތެރޭގައި އެ އެއާލައިނަށް ދައްކައި ހަލާސްކުރުމަށް ޕީޕީއެމްގެ މައްޗަށް މިއަދު ހުކުމްކޮށްފި އެވެ. ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ 3.8 މިލިއަން ރުފިޔާ އަކީ ޕީޕީއެމް އިން މޯލްޑިވިއަންއަށް ދައްކަން ޖެހޭ ފައިސާއެއް ކަމަށް އެ ޕާޓީ އިން ވެސް ޝަރީއަތުގައި އިއުތިރާފުވެފައިވާ ކަމަށެވެ. ޕީޕީއެމް އިން ޝަރީއަތުގައި އެދުނީ އިލެކްޝަންސް ކޮމިޝަނު އެ ޕާޓީ އަށް ލިބެން ޖެހޭ ފައިސާ ހުރި ކަމަށާއި އެ ފައިސާ ލިބެންދެން، ފައިސާ ދެއްކުން މަޑުޖައްސައި ދިނުމަށެވެ. ނަމަވެސް މޯލްޑިވިއަނުން އެދުނީ އެ ކުންފުންޏަކީ އާމްދަނީ އަށް ބަރޯސާވެގެން ހިންގާ ކުންފުންޏަކަށް ވާތީ އެ ފައިސާ ދެއްކުން މިހާރު ވެސް ދިގުލައިގެން ގޮސްފައި ވާތީ، ދަތިވާ ކަމަށެވެ. އެހެން ކަމާ އެކު 3.8 މިލިއަން ރުފިޔާ 15 ދުވަހުގެ ތެރޭގައި ޕީޕީއެމް އިން އެ އެއާލައިނަށް ދައްކައި ހަލާސް ކުރުމަށް ކޯޓްގެ ހުކުމުގައިވެ އެވެ. ޕީޕީއެެމްގެ ސެކްރެޓަރީ ޖެނެރަލް އަބުދުލްމަތީން މިރޭ ސަން އަށް ވިދާޅުވީ އެ ޕާޓީ އަށް ދައުލަތުން ލިބެން ޖެހޭ 8.6 މިލިއަން ރުފިޔާ ހުރި ކަމަށާއި އަދި އެ ފައިސާ ހޯދުމަށް އިލެކްޝަންސް ކޮމިޝަނުގައި ދަންނަވާފައިވާ ކަމަށެވެ. އަދި އެ ފައިސާ ލިބުނުހާ އަވަހަކަށް މޯލްޑިވިއަންގެ ދަރަނި ހަލާސް ކުރާނެ ކަމަށެވެ. https://sun.mv/114789 މަތީން ވިދާޅުވީ ޕީޕީއެމް އިން ހަރަދުކޮށްފައި ވާނީ އެ ޕާޓީ އަށް ދައުލަތުން ލިބެން ހުރި ފައިސާގެ ނިސްބަތުން ކަމަށާއި ދައުލަތުން ލިބެންޖެހޭ ފައިސާ ލިބުމުން ދަރަނި ހަލާސް ކުރެވޭނެ ކަމަށެވެ.
މޯލްޑިވިއަންއަށް ދައްކަން ޖެހޭ ދަރަނި ދައްކަން ޕީޕީއެމް އަށް 15 ދުވަސްދީފި
ބޭނުންވަނީ ސަރުކާރަށް މެޖޯރިޓީ އޮތް ސަރުކާރުގެ ވައުދުތައް ފުއްދަން އެހީވާނެ ރައްޔިތުންގެ މަޖިލީހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. މިއަދު ބާއްވާ އެމްޑީޕީ ޕްރައިމަރީގައި ވޯޓުލެއްވުމަށް އިމާދުއްދީން ސުކޫލަށް ވަޑައިގެން މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ ސަރުކާރަށް ތާއީދުކުރާ މަޖިލީހެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. "އަޅުގަނޑު ބޭނުންވާ ކަމަކީ ސަރުކާރަށް ތާއީދު އޮތް އަޅުގަނޑުމެންގެ ވައުދުތައް ފުރިހަމަކުރުމަށްޓަކައި އެއްބާރުލާ މެޖޯރިޓީ އޮތް މަޖިލީހެއް ކުރިއަށް އޮތް 19 ވަނަ ރަޔިތުންގެ މަޖިލީހަށް އިންތިހާބުވުން. ސަރުކާރަށް ތާއީދުއޮތް މަޖިލީހެއްގެ މުހިންމުކަން އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކުރަން،" ރައީސް ސޯލިހު ވިދާޅުވިއެވެ. ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓުން ދެކެން ޖެހޭނީ އެމްޑީޕީ ހިމެނޭ ގޮތަށް އައި ކޯލިޝަނުގައި ދެމި އޮވެ ސަރުކާރުގެ ވައުދުތައް ފުއްދުމަށް މަޖިލީހުގެ ތެރޭން މަސައްކަތް ކުރުން ކަމަށެވެ. "އަޅުގަނޑު ޔަގީންކުރަން އެމްޑީޕީން ސަރުކާރަށް އެ އެއްބާރުލުން ލިބިގެންދާނެ ކަމަށް. އެއީ މި ޕްރައިމެރީގައި ކާމިޔާބުވެ ރައްޔިތުންގެ މަޖިލިސް އިންތިހާބު ކާމިޔާބުކުރުމަށް ފަހު އެ ބޭފުޅުންގެ އަމަލުތައް މިސްރާބު ޖަހާނެ ގޮތް ކަމުގައި އަޅުގަނޑު ގަބޫލުކުރަން." ރައީސް ސޯލިހު ވިދާޅުވިއެވެ. އިތުރަށް ވިދާޅުވުމަށް ސަރުކާރަށް ތާއީދުކުރާ މަޖިލީހެއްގެ މުހިންމުކަން ރައީސް ސޯލިހު ފާހަގަ ކުރައްވާފައިވާއިރު ސަރުކާރު އުފެދިގެން އައީ ކޯލިޝަނެއްގެ ތެރެއިންނެވެ. އެއީ އެމްޑީޕީ ޖޭޕީ އަދި އަދާލަތު ޕާޓީގެ އިތުރުން ރައީސް މައުމޫނުގެ ރިފޯމް މޫވްމަންޓް ހިމެނޭ ގޮތަށެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ ސަރުކާރުގެ ވައުދުތައް ފުއްދަން އެމްޑީޕީއަށް މެޖޯރިޓީއޮތް މަޖިލީހެއް މުހިންމު ކަމަށެވެ. ނަޝީދާއި ޖޭޕީގެ ލީޑަރު އަދި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާ ދެމެދު ދަނީ މަޖިލިސް އިންތިހާބާ ގުޅިގެން ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރަމުންނެވެ.
ބޭނުންވަނީ ސަރުކާރަށް މެޖޯރިޓީ އޮތް މަޖިލީހެއް: ރައީސް
"މިއަދު ޔުނިފޯމް ލާނެކަމެއް ނެތް. ވައިސް ޕްރެޒިޑެންޓްގެ ގާލްގެ ގޮތުގައި މިގެއަށް ވިޒިޓްކުރޭ......" އަޒިކިއަލްގެ އަޑުގައި ހަރުކަށިކަމެއް ނުވިޔަސް އަމުރުވެރިގޮތެއް ހުއްޓެވެ. ހިތާހިތުން އެއްޗެހި ކިޔަ ކިޔާ ހުރެފައިވެސް ތަންކޮޅެއް ރީތި ހެދުމެއް އަޅައިގެން ތައްޔާރުވެލިއެވެ. ސްވެޓަރު ފާޑެއްގެ ފޮތިން ފަހާފައިވާ ކަކުލަށްވުރެ މައްޗަށް އޮތް ހެދުމަކާއިއެކު ތުނި ޖެކެޓެއްލާފައި ސްކިނީއެއް ލިއެވެ. ކުރު ޝޯލްއަކުން އިސްތަށިގަނޑު ނިވާކޮށްލައިފިއެވެ. އޮފީހަށްދާން ލާ ހެދުމުގައި ހުރިއިރު ހިކިކަން މާބޮޑަށް ހާމަވާން ހުއްޓެވެ. އޯޓަމް ބްލޭޒްގެ ތެރެއަށް ވަނުމާއިއެކު ސިހޭގޮތްވީ ސިޓިންރޫމްގެ ސޯފާގައި އޮތް އަންހެންކުއްޖާ ފެނިފައެވެ. އެލީން ފެނިފާ ދޮންކަމާއި އެއޮތް ވަރުގަދަ ރަންކުލައެއް އަރާ ބުޅި އިސްތަށިގަނޑުގެ އިތުރުން ހަޔާތީއަށް ފާހަގަވީ އެލީން ހެދުން އަޅާފައި ހުރި ލެއް ނިވާކަން ކުޑަކަމެވެ. ޑެނިމް ކުރު ސޯޓުކޮޅަކާއިއެކު އެތެރެއިން ލާފައި ހުރި ބޮޑީސޫޓުގެ ބޭރުން ވިސްކޯސް ތުނި ގައުންކޮޅެއް ކަހަލަ އެއްޗެކެވެ. އެލީން ސޯފާގައި އެއޮތްގޮތަށް އޮތީ މޭގައި ކުޝަން ޖައްސާ ބާރުކޮށްލައިގެންނެވެ. ފުންވިސްނުމެއްގައެވެ. "އައްސަލާމް އަލައިކުމް.." ހަޔާތީ ސަލާމް ގޮވައިލީ އެކުއްޖާގެ ސަމާލުކަން ހޯދުމަށެވެ. އިވުނުހެނެއް ހިޔެއްނުވެއެވެ. "ޕުއާ ގާލް. އަދިވެސް ޕޭރެންޓުންގެ ކުއްލި މަރުގެ ސަބަބުން އެކަމުގެ ހިތާމައިގާ ކަމަށްވާނީ. ޕުއާ ލިލް ތިންގް." ހަޔާތީ މަޑުމަޑުން ދޮރު ލައްޕާލިއިރު ބާރު ވައިރޯޅިތަކުގެ ޒޫމް އަޑު ފަޒާގައި ހަރުލާފައިވާގޮތުން ވަރުގަދަ ތޫފާނެއްފަދައެވެ. ގަސްތަކުގެ ގޮފިތައް ހަލުވާލާއަޑު މިއުޒިކެއްފަދައިން އިވެއެވެ. އޭސީގެ ފިނިކަން ހަރުލާފައިވުމުން ގޭތެރެ ވަކިން ފިންޏެވެ. ހަޔާތީ ކޮރިޑޯއިން ހިނގައިގަންނަމުން އަޒިކިއަލްއަށް މެސެޖްކޮށްލުމުން ޚަބަރެއްނުވިއެވެ. ގެއަށް ވަނުމުން ކޮންމެވެސް ވަރަކަށް ތޫފާންގެ އަޑު މަޑުވެލާ ބުނަން ނޭގޭފަދަ ހިމޭންކަމުން ސިކުނޑި މަޑުވެލައިފިއެވެ. ކޮރިޑޯގައި ހިނގާލާފައި ގޮސް ތަންކޮޅެއް އެތެރޭގައި ހުރި ދޮރެއްގައި ހިފާލިއިރު ތަޅުނުލާހުރުމުން ހުޅުވުމާއިއެކު އެއީ ގޭގެ ފަހަތުފެންޑާކަން އެނގުނެވެ. ކޮންފަދަ އަރާމު ތަންކޮޅެއް ހެއްޔެވެ؟ ޕޮޓްތަކުގައި ފިނިފެންމާގަސްތައް އިންދާފައިވާއިރު އެހިސާބުގައި މާތަކުގެ ސެންޓުވަސް ހިފާލާފައިވިއެވެ. ޕޫލްކައިރީ ބަޔަކު ތިބިކަން ނޭގޭ ހާލުގައި ހަޔާތީ ގޮސް މާތަކުގައި ވަސް ބަލަމުން ފިރުމަމުން ދަނިކޮށް ކުރިއަށްވުރެ ވައި ބާރުވެލައިފިއެވެ. އެންމެ ފުރަތަމަ އޭނަގެ ހަށިގަނޑާއި ވަކިވެގެން ދިޔައީ ބޭރުން ލާފައި ހުރި ޖެކެޓްކޮޅެވެ. އެއާއިއެކު ފިރިހެނުންގެ ހުނުމުގެ އަޑު އިވިފައި ހާސްކަމާއެކު ބަލައިލިއިރު އަމްރާންއާއި ބޮޑީގާޑުން ތަންކޮޅެއް ދުރުގައި ތިބިތަން ފެނި ހާސްވިވަރުން ދުއްވައިގަނެވުނީ ޖެކެޓް ފަހަތުންނެވެ. ބުރުގާވެސް އުދުހިދާނެހެން ހީވެ އެއް އަތުން ބުރުގާ މަސަލަސްކުރަން މަސައްކަތްކުރަމުންނެވެ. އެވަރުންވެސް ޖެކެޓްވެސް އުޅުނީ ފިލާކުޅި ކުޅެންށެވެ. އަމިއްލަ ދިރުމެއް ލިބިފައިވާހެން އުދުހިފައިގޮސް ޕޫލަށް ވެއްޓުނުތަން ފެނިފާ ހަޔާތީ ގެ ފިޔަވަޅުތައް އަނެއްކޮޅަށް އެނބުރުނެވެ. "އިޑިއަޓްސް...." ހިތާހިތުން ރުޅިވެރިކަމާއިއެކު ކުދިކިޔަމުންގޮސް ހަޔާތީ ވައިސޫރިއެއްހެންގޮސް އެމީހުންގެ ލޯމަތިން ނިވާވެ ދޮރުލައްޕާލިއިރު ހިތްތެޅޭ އަޑު ބާރަށް އިވެއެވެ. އެމީހުން މަލާމާތްކޮށްފައި ހުނީ ކީކޭ ކިޔައިގެން ހެއްޔެވެ؟ އޭނަ ހިކިކަމުން ހެއްޔެވެ. ގަދަޔަށް ރުޅި އާދެވިއްޖެއެވެ. ލޮލުން ދިލަނަގާންފެށިއެވެ. "ވައި އިޒް އެވްރީވަން ހިއުމިލިއޭޓިން މީ. މިއަށް ދެން ކިޔާނީ ކޯންޗެއްތަ؟ އެތިން މީހުން ތެރެއިން އޭނައަށް ހުނީ ކާކު؟ އެވާނީ ހަމަ އެ ލާދީނީ އަމްރާންކަމަށް. މީހުންނަށް ހަޖޫޖަހަން ނިކަން މޮޅުވާނެ އެ ފިރިހެނާ..." ޖެކެޓަކާއި ނުލާ ހުރުމުން އޭނަގެ ވަނާތައް ފާޅުވާން ހުރިކަމުގެ އިހުސާސްކުރެވި ހަދާނެގޮތަކާއިމެދު ވިސްނާލުމަށްފަހު ގެއަށް ދާން ނިންމިއެވެ. އަވަސް ފިޔަވަޅުތަކެއްގައި ގޮސް ދޮރާއި ހަމަވިތަނާ ސޯފާގައި އޮތް އެލީންގެ ނަޒަރުގައި އޭނަ އަޅައިގަތީކަން ނޭގެއެވެ. "ހޫދަ ހެލް އާ ޔޫ.." އެލީން ތެދުވެފައި ސުވާލުކުރިއެވެ. "އަހަންނަށްވެސް ތިހެން އެހިދާނެ ދޯ..." "އިންޓްރޫޑާއަކީ ތީ. އައިމް އިން މައި ހޯމް ދޯ..." އެލީން ޗުއިންގަމް ހަފަހަފާ ހުރެފައި ބޮއްކެއް އެރުވިއެވެ. ޗުއިންގަމްގެ މިންޓުވަސް ހަޔާތީގެ ހިދުރީގައި ހަރުލާހާ ކައިރިވެލުމުން އެލީންގެ ދެލޮލުގައިވި ރީތި އަޅިކުލަ ހަޔާތީއަށް ފާހަގަކުރެވުނެވެ. ހުރިހާ ރީތި ސިފަތަކެއް ދެއްވާފައިވާ އަންހެންކުއްޖަކާއި އަމްރާން ނީންނަން އުޅޭ ސަބަބަކާއިމެދު ހިތުގައި ސުވާލު އުފެދުނެވެ. އަޚުލާގު ނުބައިވިޔަސް ފިރިހެނުންނަށް ވަރިހަމަވާނެއެވެ. ވީއިރު އެލީންފަދަ ރީތިކަން ހުސްކޮށްލާފައި ހުރި ކުއްޖަކާއިމެދު އަމްރާން ހިތްހަމަނުޖެހެންވީ ސަބަބެއްނެތެވެ. "އަހަންނަކީ އަމްރާންގެ ގާލްފްރެންޑް...." ހަޔާތީ ހަށަން ބަދެލަމުން ގަދަކޮށްލިއެވެ. "ސީރިޔަސްކޮށް؟ ވެދާނެ. ފޫހިފިލުވައިލަން ވަންނައިޓް ސްޓޭންޑަށް ގެނެސްފާނެ. އެކަމަކު އެނގޭތަ؟ އައިމް ހިޒް ފިއާންސޭ..........." އެލީން އެއްމިޔަކަނުން ހީލިއެވެ. "އޭނަގެ އިންޓެންޝަން އެއް އޭނަގެ މައިންޑްގައިވާ އެއްޗެއް ކިޔަން އަހަންނަކީ ސައިކިސްޓެއް ނޫން..އެނީވޭސް ނައިސް ޓު މީޓް ޔޫ....." ހަޔާތީ ހިނިތުންވެލިއެވެ. އެލީން ދެބުމަ ކައިރިކޮށްލީ އެބުނި އެއްޗަކުން ކޮންފަދަ އަސަރެއްކޮށްގެން ކަމެއް ނޭގެއެވެ. އެލީންއަށް އިތުރު ޖަވާބެއް ނުދެވެނީސް ހަޔާތީ ދޮރު ދޭތެރެއިން ދެމިގަނެގެން ކަހަލަގޮތަކަށް އުތުރިއަރަމުންދާ ތޫފާންގެ ތެރެއަށް ނުކުމެއްޖެއެވެ. އިސްއޮބާލައިގެން ހުރެ ކުރިއަށް ދަނިކޮށް އެންމެ ކުރިން ލައިގަތް ހެދުން ފިހާރައަށްވަނީ ޖެކެޓެއްގަތުމުގެ ނިޔަތުގައެވެ. ނަމަވެސް ލޮލުގައި އަޅައިގަތީ ޖަރީކޮށްފައިވާ ކަޅުކުލައިގެ އަބާޔާއެކެވެ. ބަޓަފްލައި އަބާޔާގެ ރީތިކަމާއި އަބުއިކަން ފެނި ވަގުތުން އެހެދުން ލާ ހިތްޖެހުނެވެ. ވައިކޮޅެއް ޖެހިލާއިރަށް ޖެކެޓްފަދައިން ބޭވަފާތެރިވެ ހަށިގަނޑާއި ވަކިވެގެން ނުދާނެ ހެދުމަކީ މިއީއެވެ. މީހާ ނިވާކޮށްދީ ލޯތަކުން ސަލާމަތްކޮށްދޭނެއެވެ. އަމްރާންމެންފަދަ ފިރިހެނުންގެ މަލާމާތުންވެސް ރައްކާތެރިކަން ލިބޭނެއެވެ. އަގަށް ބަލައިލިއިރު އެއްހާސް ރުފިޔާއެވެ. އޭނަފަދަ މިހަކާއި ބަލާއިރު ކިތަންމެހާވެސް އަގުބޮޑެވެ. އެހާވަރުން އޭގައި ފިރުމާފައި އުޅެނިކޮށް އެތާ އިން އަންހެންކުއްޖާ ޑިސްކައުންޓުދޭން ނިންމިއެވެ. ފައްސަތޭކަ ރުފިޔާއަށް ހަދައިދިނުމުން ހަޔާތީއަށް ޝޮކެއްލިބުނެވެ. ހަޔާތީއަށް ނޭގުނީ އެ އަންހެންކުއްޖާއަކީ ދީނަށް ލޯބިކުރާ ކުއްޖެއްކަމެވެ. ރަގަޅު ނިޔަތެއްގައި ހެދުން އަޅާން ބޭނުންވި އަންހެންކުއްޖެއްކަމަށް ހީކޮށް އޭނަ ދިން ސަދަގާތެއްކަމެވެ. ހަޔާތީ އެހުރިތާ ހުރެ ކަޅު އަބާޔާ ލުމުން އެއަންހެންކުއްޖާ ތައުރީފުކުރިއެވެ. އޭނައަށްޓަކާ ފަހާފައިވާ ހެދުމެއްފަދައެވެ. އަޖައިބުވެ ހައިރާންވާހާ ފިޓުވެފައި ރީއްޗެވެ. އެ ހެދުން ލުމުން ހީވެސް ފިލައިފިއެވެ. ރައްކާތެރިކަމާއެކު ނިވާވެވުނުކަން އިހުސާސްކުރެވުނެވެ. އަލުން އަމްރާންގެ ކުރިމައްޗަށް ދާނެ ހިތްވަރު ލިބުނެވެ. "އެލާދީނީ އަމްރާން ނިކަން ހޭޓްކުރާނެ. ފޭކް ގާލްފްރެންޑެއްގެ ގޮތުގައި އެއްމިނިޓް ގެންގުޅެންވެސް ލަދުގަންނާނެކަން ނޭގޭ. އަދި އެގެއަށްގޮސް އޭނައަށް ފެނިފައި ގެއަށްދާނީ. އޭރުން ހުންނާނީ ރަގަޅަށް ރާކަނިމަސްކެވިފައެއްނު......" ހަޔާތީ އަގުދައްކާފައި ނުކުތްއިރުވެސް އެހާ ވައިބާރެވެ. ނަމަވެސް މިފަހަރު "ކޮންފިޑެންސް" ހުއްޓެވެ. ހެދުން ގަޔާއި ވަކިނުވާނެކަމުގެ ޔަގީންކަން ލިބުމުން އަވަސްވެގަތީ އޭނަގެ ޑޭޓަށް އަނެއްކާ ދާށެވެ. މިފަހަރު ގެއަށް ވަންތަނުން ދިމާވީ އެލީންއަކާއި ނޫނެވެ. އަޒިކިއަލްއާއެވެ. އަޒިކިއަލް ހަޔާތީގެ ހެދުމަށް ނަޒަރު ހިންގައިލިއިރު ދެލޮލުން އެއްވެސް ކަހަލަ ޝުއޫރުތަކެއް ފައުޅުނުކުރިޔަސް އޭނަ އެހެދުން ލުމުން ހައިރާންވެ އެކަމާ ނުރުހޭނެކަމުގައި ހަޔާތީ ހީކުރިއެވެ. ނަމަވެސް އަޒިކިއަލް ބުނީ ތަފާތު ވާހަކައެކެވެ. "އަމްރާން އިޒް ވެއިޓިން ފޯ ޔޫ. ކޮފީއަކަށް..." "ކޮންތާކު" ހަޔާތީ ބިރުގަތީ މިގޮތަށް ރަސްމީކޮށް އަމްރާންއާއި ދިމާވާން އުޅޭތީއެވެ. ހިތް އަވަސްވެ މީހާ ފިނިވެގަތީ ވަކިގޮތެއް ބަލާފައެއްނޫނެވެ. "ޕޫލްކައިރީ......" އަޒިކިއަލް އިތުރު ތަފްސީލް ދޭން ނޫޅެ ނުކުމެގެން ހިގައިގަތީއެވެ. ހަޔާތީ އިރުކޮޅެއްވާންދެން ހުއްޓިލައިގެން ހުރެ ހިތް ރަމަތަކޮށްލަން މަސައްކަތްކުރިއެވެ. ނޫސްވެރިޔެއްގެ ހައިސިއްޔަތުންވެސް ނާއިބުރައީސްއެއްގެ ދިރިއުޅުމަށް ޝައުގުވެރިވެ ރައްޔިތުންނަށް މިމީހުންގެ ފަތިފުށްގެނެސްދޭފަދަ ވިސްނުމެއް އޭނަގެވިއެވެ. ކަންބޮޑުވާ ހާސްވީ އެހެންވެއެވެ. ކުރިން އައި މަގުން ގޮސް އެދޮރު ހުޅުވާލިއިރު ހަޔާތީ ގެ ފިނޑިކަން ކެޑި ހިތްވަރުގަދަ އަންހެންކުއްޖަކަށް ވެއްޖެއެވެ. ހަމަޖެހިލާފައި ފިޔަވަޅުތައް އެޅީ ކުރިއަށެވެ. އަމްރާން އިނީ އޭނަގެ ހަށިފާރަވެރިޔާ ލާވީއާއިއެކު ޕޫލްކައިރީ ހުރި މޭޒެއްގެ ކައިރީ އިށީދެލައިގެންނެވެ. މޭޒުމަތީގައި ކޮފީ ތަރުމޯޒަކާއި މަގުތަކެއް ހުއްޓެވެ. ލާވީއަށް ހަޔާތީ އަންނަކަން އެނގުމުން ބަލާވެސް ނުލާ އަމްރާން ކައިރީ ކޮންމެވެސް އެއްޗެކޭ ކިޔާފައި ދުރަށްދާން ހިނގައިގަތެވެ. ވައިރޯޅިތަކުގެ ނަނާއާއިއެކު އެހިސާބުއޮތީ ގަސްތަކުން ފުރިފައި އަދި އެހާ ފިނިކަން ގަދަކޮށެވެ. ދުންފިނި ހިފާފައި ކަހަލަ ގޮތަކަށް ކޮންމެވެސް ވަރަކަސް ފުސްވެފައެވެ. ވަށައިގެންވާ ގަސްތަކުގެތެރޭ ގިނައީ ފިނިފެންމާތަކެވެ. އެހެން ދުނިޔެއަކަށް އާދެވުނުފަދައެވެ. ހަޔާތީގެ ފިޔަވަޅުތައް ގޮސް އަމްރާން އިށީދެލައިގެން އިން މޭޒާއި ފޫޓެއްހާ ދުރުގައި ހުއްޓުނެވެ. "ގުޑްމޯނިން މިސްޓަރ ވައިސް ޕްރެޒިޑެންޓް....." ހަޔާތީ އެހެން ބުނަން ނެތް ހިތްވަރެއްކުރަން ޖެހުނެވެ. ކޮންމެގޮތެއްވިޔަސް އަމްރާންއަކީ ހަޔާތީގެ ފުރަތަމަ ލޯތްބެވެ. ސްކޫލް ދައުރުގައި އޭނަގެ ހިތް މޮޔަކޮށްލި ޒުވާން ޕްރިންސަކީ މިއީއެވެ. މާޒީގެ ކަޅު ސަފުހާތައް ބަދަލުކޮށްލަން އުޅުނަސް އެކަމެއްނުވާނެއެވެ. އޭނަ ލިޔުނު ސިޓީ އެތައް ކުދިންނެއްގެ ކުރިމަތީގައި ބޭޒާރުކޮށް ކިޔައިދީ އެންމެންގެ މަލާމާތާއި ގަނާކުރުމުގެ ޝިކާރައަކަށްވި ހަޔާތީ އަމިއްލައަށް މަރުވާންވެސް އުޅުނެވެ. އޭނަ ސަލާމަތްކުރީ މިކާލްއެވެ. އަމްރާންގެ ތޫނު ނަޒަރު އެނަގެ މޫނަށް ހުއްޓުނުވަގުތު މާޒީވެސް އޭނަގެ ސިކުނޑީގައި ކޮށްޓައިލިއެވެ. "މޯނިން......" އަމްރާން އަތުން އިޝާރާތްކޮށްލީ ގޮނޑީގައި އިށީނުމަށެވެ. ޕޫލްގެ އަރިމަތީ މޭޒުބަހައްޓާފައި ހުރިގޮތުން ހަޔާތީގެ ހިތަށް ބިރުވެރިކަމެއް ވަންނާން އުޅުނެވެ. ކިރިޔާ ގޮނޑި އަރިއަޅާލިޔަސް އޭނަގޮސް ޖެހޭނީ މި ފުން ފެންގަނޑުގައި ނޫންހެއްޔެވެ. ހަޔާތީ ޝުކުރު އަދާކުރުމަށްފަހު ގޮނޑީގައި އިށީނުމާއިއެކު ލޮލުގައި އަޅައިގަތީ ބެލްކަނީން އެ މަންޒަރުބަލަން ހުރި އެލީންއެވެ. އެލީން އެމީހުންގެ ހަރަކާތްތަކަށް ފާރަލަނީތާއެވެ. އަމްރާން އެދިމާލަށް ބަލާނުލާއިން ނަމަވެސް އޭނައަށް އެނގޭނެކަން ގައިމެވެ. "ޝީޒް ޕްރިޓީ. ވައި އާ ޔޫ ރިޖެކްޓިން ހާ؟ " ހަޔާތީ ސުވާލުކޮށްލިއެވެ. "އިމްމެޗުއާ ކުޑަކުއްޖެއްހެން އުޅޭތީ...." އަމްރާން ކޮފީޖަގުން ކޮފީތަށްޓެއް އަޅާލަދިނެވެ. "ޑީލެއް ހަދާފައެއްނު އޮތީ. ސުވާލުތައް ނުކޮށް ޑޫ ޔޯ ޕާޓް ...." އަމްރާން ސީރިޔަސްކޮށް ބުނެލިއެވެ. ހަޔާތީ ކުޑަކޮށް ހީލިއެވެ. ކޮފީތަށި ނަގާ ތުނބުގައި ޖެހިއެވެ. "އައި ވިލް. ޕްލީޒް ގިވް މީ މައި ޗެނެލް ބެކް....." ހަޔާތީ އެދުނެވެ. "މެރީކުރާ ދުވަހު....." "ވަޓް" " ހަޔާތީ ސިހޭގޮތްވިއެވެ. "މެރީ މީ ހަޔާތީ......" އަމްރާން ޖީބުން ނެގި ކުޑަ މަޚުމާ ފޮށްޓެއް ހުޅުވައިލާފައި ނެގި އަނގޮޓީއެއްގެ ރީތިކަމުން ދަޅައަޅައިލިއެވެ. ޖަވާހިރާއި ކަނޑުނީލަން ޖަހާފައިވާ ހުދުރަނުގެ އަނގޮޓިއެކެވެ. "ޔެސް......." ހަޔާތީއަށް އޭރުވެސް އެލީން ދުރުން އެމަންޒަރު ބަލަން ހުރިކަމުގެ އިހުސާސްކުރެވުނެވެ. އެލީން ހާދަ ކަޑަވާނެއެވެ. ރުޅިއައިސްގެން ސިންގާއެއްފަދައިން އައިސް ގަޔަށް ބޮލަށް އަރައިނުގަންނާނެ ބާވައެވެ. އަމްރާން އަނގޮޓި އޭނަގެ އަތުގެ ކަށި އިނގިލީގައި އަޅުވާދިން ވަގުތު މިކާލްމަތިން ހަދާންވެ ލޮލުން ކަރުނަ އަންނަގޮތްވިއެވެ. މިކާލް ދުނިޔެއާއި ވަކިވެގެން ދިޔަސް އޭނަގެ ހިތާއި ފުރާނައަކީ މިކާލްގެ ހައްގެކެވެ. މިއީ ވިޔަފާރިއެކެވެ. އޭނައަށް އެޗްއެމް ލިބޭއިރަށް އޭނަ އަމްރާންއާއި ދުރުވާނެއެވެ. ވިޔަފާރިއަކާއި ފައިސާއަށް އޭނަވަނީ ނިހާޔަތަށް ބޭނުންވެފައެވެ. މަންމައާއި ކޮއްކޮ އަދި އޭނަގެ މުސްތަގުބަލަށްޓަކާވެސް މެއެވެ. ހަމަސްފަހުން އިރާދަކުރެއްވިއްޔާ އޭނަ ފްރީވެ އަމިއްލަ ދިރިއުޅުމެއް ފަށާނެއެވެ. "ސޮރީ މައި މިކާ..." ހަޔާތީ ހިތާހިތުން ކިޔައިލިއެވެ. އަމްރާން ތެދުވެގެންގޮސް ރަތްކުލައިގެ ފިނިފެންމަލެއް ގެނެސް ހަޔާތީއަށް ދިއްކޮށްލި ވަގުތަކީ އެލީން ވިދުވަރެއްހާ ހަލުވިކޮށް އައިސް ހަޔާތީ އިށީދެ އިން ގޮނޑި ޕޫލާއި ދިމާލަށް ކޮށްޕައިލި ނުރައްކާތެރި ވަގުތެވެ. ހަޔާތީގެ ހަޅޭކުގެ އަޑު ވައިރޯޅިތަކާއެކުވެގެން ދިޔައެވެ. ފެންގަނޑުގައި ޖެހުމާއެކު އަދި ހަޔާތީގެ ޝޯލްވެސް މޫނުގައި އެޅި އެ ނުނެއްޓިގެން އުޅެންޖެހުނެވެ. އަމްރާން ބަލާކަށް ނުހުރެ ހަޔާތީ ސަލާމަތްކުރަން ފުންމައިލުމުން އެލީންވެސް ފުންމައިލީ އަދި އަމްރާންއަށް އެމަގުސަދު ހާސިލުވިޔަނުދިނުމަށެވެ. އެލީން އަމްރާންގެ ފަހަތުންގޮސް ބޮލަށް އަރައިގަނެގެން އޮވެ އަނެއް އަތުން ހަޔާތީ ދުރަށް ކޮށްޕާލަން އުޅުނެވެ. އިރުކޮޅެއްނުވަނީ ބާރުގަދަ އަތަކުން އެލީން ފަހަތަށް ދަމައިގަނެގެން އޭނަ އަމްރާންއާއި ވަކިކުރުވިއެވެ. އެ ސަކަރާތެއްގައި އުޅެގެން އެލީންއަށްވެސް ފެން ބޮވުނެވެ. ލާވީ އޭނަ މައްޗަށް އެރުވުމުން ދެލޯ އަޅައިލިއިރު އަމްރާންވެސް ހަޔާތީ ޕޫލުން މައްޗަށް ނަގައިފިއެވެ. އޭރުވެސް އަމްރާން ދިން މާ ތެމިފައި ހަޔާތީގެ މުށުތެރޭ އޮތެވެ. އެވެސް އަދި އަމްރާން އަނގޮޓި އަޅުވާދިން އަތުގައެވެ. "ޔޫ ވާ ސްޕައިން އޮން އަސް؟ އައިމް ސޮރީ ޔޫ ހޭޑް ޓު ސީ ދެޓް އެލީން...." އަމްރާން އެލީންއާއި ދިމާލަށް ބުނެލިއެވެ. އެލީން ވަގުތުން އެތަނުން ދާން ބޭނުންވިއެވެ. ތުންފިތާލައިގެން ހުރިއިރު ދެންމެ ދެންމެ ރޮއިގެންފާނެފަދައެވެ. ހަޔާތީ މާބްލްމަތީ އިށީދެލައިގެން އިންދާ އަމްރާން ކުޑަކަކޫމައްޗަށް ތިރިވިއެވެ. "އާ ޔޫ އޯކޭ.؟ " އަމްރާން ސުވާލުކޮށްލިއެވެ. "އަލްހަމްދުލިﷲ......." ހަޔާތީ ހިތްވަރުގަދަކޮށްލާފައި ހިނިތުންވެލިއެވެ. "މާ ދީންވެރިވެގެން އުޅޭނެކަމެއްނެތް. ކަލޭމެންގެ ދީން ފަތުރަން މާ މަސައްކަތް ތިކުރަނީ؟ އިފް ދެއާސް އެ ގޯޑް ކީއްވެ އަހަރެންގެ މަންމައާއި ބައްޕަ މަރައިލީ....." އެލީންގެ ވާހަކަތަކުން ހަޔާތީ ސިހި ޝޮކެއްލިބުނެވެ. މިގޭތެރެގައި އެއްވެސް މީހަކު ދީން ގަބޫލުނުކުރަނީ ހެއްޔެވެ؟ މިވެސް އެތީސްޓެއްކަން އެނގިއްޖެއެވެ. ކަލަކު ވޮޑިގެންވާކަމަށް ގަބޫލުނުކުރާ ދިވެއްސަކާއި ފުރަތަމަ ފަހަރަށް މިފަދަ ޗެލެންޖަކަށް އައިއިރު ރާއްޖޭގައިވެސް މިފަދަ މީހުންތައް ގިނަވާކަން ސޯޝަލް މީޑިއާއިން ހަޔާތީއަށް އެނގިފައިވެއެވެ. "ދެން ހޫ ކްރިއެޓެޑް ޔޫ. ހިތަށް ދުނިޔެއަށް އައި މީހެއްތަ. ތި ލައިގެން ހުރި ހެދުންވެސް ހިތަށް މެޖިކުން އުފެދުނީތަ. ގަޑިވެސް ސްކައި އިން ފޯލްވީތަ.........ޑިސްގަސްޓިން....." ހަޔާތީ ފޫހިވެ ހަލާކުވާވަރުވިއެވެ. އޭނައަކީވެސް ދީނަށް މާ ލޯބިކޮށް އެހެން އުޅުނުކުއްޖެއް ނޫނެވެ. ނަމަވެސް މިފަދަ މީހަކާއި ޖެހުމުން ދީނަށްޓަކާ ހިތުތެރޭ ފޮރުވިފައިވާ ލޯތްބާއި ގަދަރު ހޭލައިގެންފިއެވެ. ވެދާނެއެވެ. މިކުއްޖާއަށްވެސް ނޭގެނީއެވެ. މައިންބަފައިން އެފަދަ ކަންތައްތައް ނުވިސްނާ ބޭރުތަންތާ އުޅެ ދީން އޮޅުން ފިލުވާ ނުދީ ހުރުމުން އެކުއްޖާއަށްވެސް ހިތާމައަކާއި ދިމާވުމުން ހެއްދެވި ފަރާތެއްވާކަމައިމެދު ވެސް ޝައްކުކުރެވުނީއެވެ. އަގީދާ ބަލިކަށީއެވެ. އީމާންތެރިކަން ކުޑައީއެވެ. ތައުހީދު ކިޔަވާދެވިފައި ނެތީއެވެ. މިފަދަ ކުދިންނަށް ޝޭޚުން ރީތިކޮށް ދީން އުގަންނާދީ ބުނެދޭންވީއެވެ. އެކުއްޖާ ދެންވެސް ކިޔައިލީ ދީނާއި ދެކޮޅު ވާހަކަތަކެވެ. އޭނަގެ ބައްޕައާއި މަންމަގެ މަރާއި ގުޅުވާފައި ވަރަށް ރުޅިވެރިކޮށް ވާހަކަދެއްކިއެވެ. "ޝަޓަޕް އެލީން އެންޑް ގޯ އިންސައިޑް ރައިޓް ދިސް މިނިޓް..." އަމްރާން އަމުރުކުރިއެވެ. އެލީން ކަރުނައިން ފުރިގެންވާ ލޮލުން އަމްރާންއަށް ބަލައިލުމަށްފަހު ދުވެފައިގޮސް އެތެރެއަށް ވަދެ ނިވާވެއްޖެއެވެ. ލާވީވެސް ތަންކޮޅެއް ދުރުގައި ގޮސް މަޑުކޮށްލުމުން ހަޔާތީ ތެދުވެއްޖެއެވެ. "މިސްޓަ އަމްރާން. މި ސަރުކާރުން މިކަންތައް ހައްލުކޮށްދޭން މަސައްކަތްކުރައްވާ. ނޫނީ ދުވަސްކޮޅުން އިސްލާމީ ގައުމެއްގެ ގޮތުގައި ނޯންނާނެ..." "ހައްދު ފަހަނަޅާ ދިޔުންވެސް ކޮންޓްރޯލް ކުރުވާނަން. މިޒަމާނުގައި މެޑީވްލް ސަރުކާރެއް ގެނެސްގެން ދުނިޔޭގެ އެއްވެސް ގައުމެއް ތަރައްގީ ނުކުރެވޭތާ ހަމަޖެހިގެން ނޫޅެވޭނެ. ވީ ވިލްޑޫ އެވްރީތިން ޓު ބްރިންގް ޕްރޮސްޕެރިޓީ އެންޑް ޕީސް ޓު އަވާ ނޭޝަން. އެކަމަކު އަހަރެން ބުނެފާނަން ވަހަކައެއް. އެމީހަކު ބޭނުންވާ ދީނަކަށް އެމީހަކަށް އުޅެވެންވާނެ. ސައްތައިން ސައްތަ މުސްލިމް ގައުމެކޭ ކިޔާފައި އަވާމެންދުރެއްގައި ތިބެންވީތަ؟ ދުވާލު އިރުފެންނަ ފަދައިން އެނގޭ އިސްލާމް ދީން ގަބޫލުނުކުރާ މީހުން ދިވެހިންގެތެރޭ އެބަތިބިކަން. އެމީހުންނަކީވެސް ދިވެހިން. ވީ ކާންޓް ފޯސް ދެމް އައުޓް އޮފް ދަ ކަންޓްރީ. އެމީހުންގެވެސް ގައުމު. ވީ ޝުޑް އެކްސެޕްޓް ދަ މައިނޯރިޓީ. ކޮންމެ މީހަކަށް އެމީހަކު ބޭނުން ދީނަށް އުޅުމުގެ ހައްގު ލިބިގެންވާގޮތަށް ޗާޗްފަދަ ތަންތަން އެޅުމުގެ ހުއްދަވެސް އަހަރެމެން ޕާޓީއިން ދޭނެ........" އަމްރާންގެ ވާހަކަތަކުން ހަޔާތީގެ ހިތުގައި ރުޅިވެރިކަން ހުޅު ފަޅައިގެން ދިޔައެވެ. އަމްރާންއާއި ޗެލެންޖްކުރެވޭވަރުގެ މީހަކަށް އަދި އޭނަ ނުވެއެވެ. ދެރައީ މިކާލް ނޫނީ އިޝްކަން އޭނައަށް ޖަވާބުދާރީ ވާން މިތާ ނެތްކަމެވެ. "ލުކްސް ލައިކް ޔޫ އާ ވަން އޮފް ދެމް.." ހަޔާތީ އެހެން ބުނެލިތަނާ ލާވީ އަމްރާންއަށް ތުވާއްޔަކާއި ޕޫލުން ފަތާފެންގަނޑުން ފަތާއި ކުނި ނަގަން ގެންގުޅޭ ސްކިމާ ނެޓް ދިއްކޮށްލިއެވެ. އޭރު ހަޔާތީގެ ޖެކެޓް ޕޫލްގައި އޮޔާ ގޮސް ގޮސް އޮތެވެ. އަމްރާން އިސްތަށިގަނޑު ހިއްކަމުން ސްކިމާ ނެޓް ޕޫލަށް ކޮށްޕާލައިގެން އެޖެކެޓް ނަގާފައި ދިއްކޮށްލިއިރު ހަޔާތީ ރުޅިއައިސް މޫނުވެސް ރަތްވިއެވެ. ކުނިކޮޅެކޭ އޭނަގެ ޖެކެޓެކޭ އަމްރާންއަށް ތަފާތެއް ނެތެވެ. އޭގައި އަތްލާކަށްވެސް ކަމުނުދިޔައެވެ. އިތުރު ވާހަކައެއް އަހަން މަޑުކުރުމެއްނެތި އޭނަ ޖެކެޓް ޖަހައިގަތެވެ. އަދި މޭޒުމަތީ އޮތް އޭނަގެ ދަބަހާއި ފޯނު ނަގައިގެން އެތަނުން ދާން ހިނގައިގަތެވެ. "މެރީ މީ" އޭ ބުނި ވަގުތު ހީކުރެވުނީ ހަގީގަތުގައިވެސް އަމްރާންގެ ހިތުގައި އޭނައަށްޓަކާ ކޮންމެވެސް އިހުސާސްތަކެއްވީ ހެންނެވެ. އެންމެ ފަހުން އޭނައާއި ހެދި އުޅެން ފެށީ ކަމަށެވެ. އެކަމަކު ވީ އެހެނެއް ނޫނެވެ. "ހަމަ ކުރީގެ އީވިލް ޕާސެނެލިޓީ.." ހަޔާތީ އަމިއްލަ ނަފުސަށް ބުނެލިއެވެ. "ޑޯންޓް ގެޓް ޔޯ ސެލްފް ޓްރިކްޑް ހަޔާތީ. ދިސް އިޒް އޯލް ފޯ ޕްލޭ. އޯލް ގޭމްސް. ހޭންގް އިން ދެއާ" މުއްސަދިން ވީމަ ދުނިޔެއަށް މާ ބޮޑަށް ލޯބިޖެހި މިއީ އަބަދަށްޓަކާ ތިބޭނެ "ސުވަރުގެ "ކަމުގައި ހީކުރެވެނީއެވެ. މަރުވުމަށްފަހު އަލުން ދުނިޔެއެއްވާކަމާއި މިއީ އިމްތިހާންގެ ގޮވަތިކަން ހަދާންނެތުނީއެވެ. ދުނިޔެއާއި އުޑާއި ކާއިނާތު ހެއްދެވި މަތިވެރި ބާރުގަދަ ފަރާތެއްވާކަން ގަބޫލުނުކޮށް އުޅޭ މީހުންނަށް އެކަން ޔަގީންވާނީ ދުނިޔެއާއި ވަކިވެ އެފަރާތަށް ދަތުރުކުރި ދުވަހަކުންނެވެ. ދުނިޔެމަތީ އެފަދަ މީހުންނަށްޓަކާ ކޯފާ ނުފޮނުއްވާ މި ބިމަކީ އެމީހުންނަށްޓަކާ ސުވަރުގެ ކަމުގައި ލައްވާފައިވަނީ ސަބަބެއްނެތިއެއް ނޫނެވެ. އެގެއިން ނުކުމެވުނުއިރު ވައި ރޯޅިތައް ހިނދި ވާރޭކަނި ޖަހަން ފެށިއެވެ. ހަޔާތީ ހީކަރުވާގޮތްވިއެވެ. މިކާލްއާއި ބައްޕަ މަތިން ހަދާންވިއެވެ. މިކާލް އާއި ބެހޭގޮތުން ކުޑަ މިންވަރެއް އެނގިފައިވާއިރުވެސް ބައްޕައަށް މިކާލް ރަގަޅަށް އެނގޭކަން ވިސްނުނީ ބައްޕަ މިކާލްއާއި ބެހޭގޮތުން ދެއްކި ވާހަކަތަކެއް ހަދާންވެފައެވެ. "ހަޔާތީ ތިކަމާ ކަންބޮޑުނުވޭ. ބައްޕަ މިހާވަރަށް ބުނެދީފާނަން. މިކާލް އައިއެސްއަކާއި ޖޮއިން ނުކުރާނެ. އެއަށްވުރެ އޭނައަށް ވިސްނޭ. އެއަށްވުރެ ބޮޑަށް އިތުބާރުކުރެވޭ. އަދި ހަޔާއަށް މިކާލް ކާކުކަން ނޭގުނަސް ބައްޕައަށް އެންމެ ރަގަޅަށް އެނގޭނީ. މިކާލް ވަރަށް އަވަހަށް އެނބުރި އަންނާނެ.. މިހާރު އިތުރު ތަފްސީލެއް ހޯދަން ނާހާ. އަދި އެހެންމީހެއްގެ ކައިރި ބައްޕަގެ މި ވާހަކަތައް ބުނެގެން ނުވާނެ." ވީއިރު ބައްޕައަށް މިކާލް ސިފައިންގޭގައި މަސައްކަތްކުރި ސިއްރު އެޖެންޓެއްކަން އެނގިފައި އޮތީއެވެ. ބައްޕަ އެހާ އިތުބާރާއިއެކު އެހެން ބުނި ސަބަބަކީ އެއީއެވެ. ހަޔާތީ އަނގޮޓި ނަގާފައި ދަބަހަށް ލިއެވެ. އަމްރާންދިން ފިނިފެންމާ ބިއްލޫރިތަށްޓަކަށް ފެންލާފައި އިންދިއެވެ. އެމާ ރީތިކަމުން އެއްލާލަން ނުކެރުނީއެވެ. އެއަށްވުރެ އޭނަ ފިނިފެންމަލަށް ލޯބިކުރެއެވެ. ހެދުން ހިއްކަން އަޅުވާފައި އޭނަ ހަރުވާޅަކާއި ޓޮޕްކޮޅެއްލައިގެން ނުކުތްތަނާ މަންމަވެސް ހޭލައިފިއެވެ. މަންމަ އާއި ދެމީހުން ކޮފީއާއި ހޫނު ކޮފީއާއި ބަޖިޔާ ކާން ތިއްބާ ބެލްއަޅައިލި އަޑުއިވުނެވެ. ދޮރު ހުޅުވާލުމާއެކު މޫނު އަޅައިގެން ހުރި އަންހެންކުއްޖާ ފެނިފައި ވަގުތުން ހަޔާތީއަށް އެނގުނެވެ. އެއީ ސަމާއެވެ. އަތުގައި ހިފައިގެން ހުރި ކުޑަ ފިރިހެންކުއްޖާ ލޯބިކަމުން މިކާލް މަތިން ހަދާންވާގޮތްވިއެވެ. ސަލާމް ގޮވާފައި އެތެރެއަށް ވަނުމުން ހަޔާތީ އެދެމައިންނަށް ސައި ތައްޔާރުކޮށްލަދިނެވެ. ސަމާ ބުނީ އޭނަގެ އަރަބި ފިރިމީހާއާއިއެކު ދިރިއުޅެނީ މަދީނާގައި ކަމުގައެވެ. ޗުއްޓީއަކަށް އައިސް އަނެއްކާ ފުރަން އުޅެފައި ހަޔާތީއާއި ބައްދަލުކޮށްލަން ބޭނުންވީއެވެ. ސަމާވެސް ދެވަނަ ކައިވެންޏެއްކުރީއެވެ. މިއީ ދުނިޔޭގެ ހާލަތެވެ. ކިތަންމެ ލޯބިން އުޅެފައިވެސް ވަކިވާން މަޖުބޫރުވެދާނެއެވެ. ސަމާ ދަރިފުޅު ތަރުބިއްޔަތުކޮށްފައިވާލެއް ދީނީކަމުން ހަޔާތީއަށް އަސަރުކުރިއެވެ. އެކުއްޖާ ކިބިއްސެއް އެޅުމުންވެސް އަލްހަމްދުލިﷲ ކިޔައިލިއިރު ކާންފެށީވެސް ބިސްމި ކިޔާފައެވެ. އެތައް ޒަމާނެއްކޮށްފައި ސަމާއާއި ދިމާވުމުން ހަޔާތީ ވަރަށް އުފާވިއެވެ. ސަމާއާއި އެކު ވަގުތުކޮޅެއް ހޭދަވީއިރުވެސް އޭނަ ގިނައިން ދެއްކީ ދީނީ ވާހަކަތަކެވެ. އެކަމުގެ ސަބަބުން ހަޔާތީގެ ހިތުގައި ދީނާއިމެދު އޮތް ޝައުގު އިތުރުވެ ރަގަޅަށް އުޅެން ބޭނުންވިއެވެ. ހަޔާތީ މަންމައަށްޓަކާ ލޮނުމަޑުކޮށް ބީޓުރޫޓު ބަތް ހަދާ ތަރުކާރީކޮޅެއް ތައްޔާރުކޮށްލުމަށްފަހު އޭނަ ކާންވެގެން ހިކިމަހުން ހިކިކޮށް ރިހަހެދިއެވެ. ރޮށިފިހެން ހުރެފައި ފިކުރުގެ ދާވަނި އެހެން ދިމާލަކަށް ދޫކޮށްލެވިއްޖެއެވެ. ކޮންމެވެސް ވަރަކަށް ސްވިމިންޕޫލްގެ ހާދިސާ ލޮލުގެ ކުރިމަތީ ނިއުޅެންފެށިއެވެ. ސްލޯ މޯޝަންގައި ފެނުނުފަދައިންނެވެ. އޭނަގެ ގައިގާ އަމްރާން ހިފެހެއްޓިތަންކޮޅު ފޮހެލަން ބޭނުންވިއެވެ. "ހައު ޑެއާ ހީ ޓަޗް މީ..." ހަޔާތީ މޫނު ހަދައިލިއެވެ. މަސައްކަތްކޮށް ނިމިގެން ކާން ހަދާފައި މަންމަ ކޮބައިތޯ ބަލައިލިއިރު މަންމަ ގެއަށް ވަނީ ބޭރުން އައިހެވެ. މަންމަ އޭނައަށް ބަލަން ހުރި ނަޒަރު ފެނިފައި ހަޔާތީގެ ހިތުގައި ބިރުވެރި ރާގެއްކުޅެވެން ފެށިއެވެ. (ނުނިމޭ...) ފަސްޓް ލޭޑީ (22) އިތުރަށް ވިދާޅުވުމަށް
ފަސްޓް ލޭޑީ (23)
ނ. މަނަދޫ ނެރުމައްޗަށް މުދާ އުފުލާ ބޯޓެއް އަރައިފި އެވެ. މަނަދޫ ކައުންސިލްގެ ރައީސް މުހައްމަދު އުމަރު މިރޭ "ސަން" އަށް ވިދާޅުވީ އެ ހާދިސާ ހިނގީ މިރޭ އަށެއް ޖެހިއިރު ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަށް އަނިޔާއެއް އަދި ގެއްލުމެއް ނުވެ އެވެ. އެ ހާދިސާގައި ނެރުމައްޗަށް އަރައިފައި ވަނީ ވާލި ނަމަކަށް ކިޔާ ބޯޓެކެވެ. "އެ ބޯޓް އޮތީ ކަނޑިއްމަޔަށް އަރާފައި. މިހާރު މި ބަލަނީ ޕޮލިސް ލޯންޗަކާ އެހެން މުދާ އުފުލާ ބޯޓަކުން ވާ ޖަހައިގެން އެތެރެއަށް ދަމާލެވޭތޯ. އެކަމަކު ކަނޑު ގަދަކަމުން ވަރަށް އުނދަގޫ އެކަން ކުރަން." އޭނާ ވިދާޅުވި އެވެ. އެ ހާދިސާގައި އެ ބޯޓުގެ ފަހަތު ކޮޅު ކޮންމެވެސް ވަރަަކަށް އަޑިއަށް ގޮސްފައިވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
މަނަދޫ ނެރުމައްޗަށް މުދާ އުފުލާ ބޯޓެއް އަރައިފި
ފޭސްބުކް އިން ހިންގާ ފޭސްބުކް މެސެންޖާއާއި ވަޓްސް އެޕް އަދި އިންސްޓަގްރާމުގެ މެސެޖިން ފީޗާ އެއްކޮށްލަން ނިންމާފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ. މި ބަދަލާއެކުވެސް ތިން އެޕްލިކޭޝަން މަސައްކަތް ކުރާނީ ވަކިވަކިންނަމަވެސް ފޭސްބުކް މެދުވެރިކޮށް ވަޓްސްއެެޕު ބޭނުންކުރާ މީހަކަށް ފޮނުވަން ބޭނުންވާ މެސެޖު ފޮނުވޭނެއެވެ. ނުވަތަ އެއް އެޕްލިކޭޝަން މެދުވެރިކޮށް އަނެއް އެޕްލިކޭޝަން ބޭނުންކުރާ މީހަކަށް މެސެޖުކޮށް ހެދޭނެއެވެ. މި ބަދަލަކީ ފޭސްބުކްގެ ބާނީ މާކް ޒަކަބާގްގެ އިސްނެގުމަކަށް ގެންނަ ބަދަލެއް ކަމަށްވެއެވެ. މި ބަދަލު ފުރިހަމަވެ، ބޭނުން ހިފޭވަރުވާނީ އަދި ދުވަސްކޮޅެއް ފަހުންކަމަށް ފޭސްބުކް އިން ވަނީ ބުނެފައެވެ. ފޭސްބުކް އިން ބުނެފައިވަނީ ތިން އެޕްލިކޭޝަން އިންޓަގްރޭޓު ކުރުމަށް ކުރާ މަސައްކަތަކީ ބުރަ މަސައްކަތަކަށް ވާނޭ ކަމަށާއި މި ބަދަލަކީ އެތައް ބިލިއަން މީހުންނަކާ ގުޅިފައިވާ ބަދަލެއް ކަމަށެވެ.
ފޭސްބުކުން ހިންގާ އެޕްލިކޭޝަންތަކުގެ މެސެޖިން ފީޗާ އެއްކޮށްލަނީ
އިނގިރޭސި ރާނީ އެލިޒަބަތު 2ގެ ފިރިކަލުން ޕްރިންސް ފިލިޕް އިންނެވި ކާރުކޮޅު އެކްސިޑެންޓް ވެއްޖެއެވެ. އެކްސިޑެންޓު ހިނގީ އިއްޔެގެ ވަގުތެއްގައެވެ. އުމުރުން 97 އަހަރުފުޅުގެ ޕްރިންސް ފިލިޕް އިންނެވި ކާރުކޮޅު އެކްސިޑެންޓު ވީ ނަމަވެސް އެއްވެސް ގެއްލުމެއް ލިބިވަޑައިނުގެން އެމަނިކުފަނު ސަލާމަތްވެ ވަޑައިގެންފައިވާކަމަށް ހަބަރުތައް ބުނެއެވެ. ނަމަވެސް ކާރަށް ބޮޑެތި ގެއްލުން ވެފައިވާކަން، އާންމުވެފައިވާ ފޮޓޯތަކުން ފެންނަން އެބަހުއްޓެވެ. އެކްސިޑެންޓް ހިނގީ ސޭންޑްރިންހަމް އެސްޓޭޓުގެ މަގެއް ގައެވެ. އެކްސިޑެންޓު ހިނގިއިރު ކާރު ދުއްވަން އިންނެވީ ޕްރިންސް ފިލިޕްއެވެ. އެކްސިޑެންޓު ހިނގީ ދުއްވާފައި ދިޔަ އެހެން ކާރެއްގައި ޖެހިގެންނެވެ. އަނެއް ކާރުގެ ޑްރައިވަރަށާއި އޭގައި އިން ފަސިންޖަރަށް ކުދި އަނިޔާވެފައިވާއިރު، އުމުރުން 97 އަހަރުފުޅުގެ ޕްރިންސް ފިލިޕް ގިނިކަންޏާ ކާރު ކޮޅު ދުއްވުމަކީ އެންމެ ރައްކާތެރިގޮތްތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އިނގިރޭސި ގާނޫނުތައް ބުނާގޮތުން އުމުރުން 70 އަހަރުން މަތީގެ ކޮންމެ މީހަކުވެސް ކޮންމެ ތިން އަހަރަކުން ޑްރައިވިން ލައިސަންސް އާކުރަންޖެހެއެވެ. ޕްރިންސް ފިލިޕްގެ އަތްޕުޅުގައި ލައިސަންސް އޮތްކަމަށާއި، އެމަނިކުފާނު އެއްވެސް ގާނޫނަކާ ހިލާފުވެ ވަޑައިގެންފައިނުވާކަމަށް ގަނޑުވަރުތެރޭގެ އަރިސް މީހަކާ ހަވާލާދީ ބޭރުގެ ހަބަރުތައް ބުނެއެވެ.
ޕްރިންސް ފިލިޕް އިންނެވި ކާރުކޮޅު އެކްސިޑެންޓް ވެއްޖެ
ދ. ކުޑަހުވަދޫ ދޯންޏަކުން މަހަށް ގޮސް އުޅުނު މީހަކު ކުއްލިގޮތަކަށް މަރުވެއްޖެ އެވެ. އެމްއެންޑީއެފްގެ މީޑީއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާގައި މަރުވެފައި ވަނީ ކުޑަހުވަދޫގެ އުމުރުން 55 އަހަރުގެ މީހެއް ކަމަށެވެ. "އުއްމީދު 3 ކިޔާ ދޯންޏެއް އެއީ. އޭނާ ދޯނީގެ ފާހާނައިގައި މާގިނައިރުވެގެން ބެލިއިރު އޮތީ ވެެއްޓިފައި. ދެން އަޅުގަނޑުމެން ސީ އެމްބިއުލެންސް އިން ގޮސްގެން ފަރުވާ ދެމުން ދިޔައީ. އޭނާ ވަނީ ނިޔާވެފައި،" އެމްއެންޑީއެފުން ބުންޏެވެ. އެމްއެންޑީއެފުން ބުނީ އޭނާ މިއަދު ހަވީރު 05:50ގައި ކުޑަހުވަދުއަށް ގެންގޮސްފައިވާ ކަމަށެވެ. އެ ހާދިސާ ހިނގައިފައި ވަނީ ދ. ހުޅުދެއްޔާ 10 ނޯޓިކަލް ބޭރުން މަސްވެރިކަން ކުރަން އުޅުމުގެ ތެރޭގަ އެވެ. ފަހަކަށް އައިސް ކުއްލި އަކަށް މަރުވާ މީހުން ރާއްޖޭގައި ވަނީ އިތުރުވެފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގައި މަރުވަމުންދާ ފަތުރުވެރިން ވެސް ހިމެނެ އެވެ.
ކުޑަހުވަދޫ ދޯންޏަކުން މަހަށް ގޮސް އުޅުނު މީހަކު ކުއްލި ގޮތަކަށް މަރުވެއްޖެ